ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
2021/HC-B12/81

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ނައިރު ނުނެސް ޑިސްސޫޒާ

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި
ސުޕްރީމް ކޯޓަށް އިސްތިއުނާފުކޮށްފައި ނުވޭ · ރަޖިސްޓްރީ ބެލީ 15 އޮކްޓޫބަރު 2026ޙުކުމުގެ ހާލަތު
ހައިކޯޓު · 20 ޑިސެމްބަރު 2021ދަށު ކޯޓު: ކްރިމިނަލް ކޯޓު 145J/MA/2021/2486ބާވަތް: ޖިނާއީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
ކްރިމިނަލް ކޯޓު 145J/MA/2021/2486
ފަހުގެ ތާރީޚު
ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް

ކޯ ޓާމްސް

ޚުލާޞާ

ކޯޓަށް އައި ގޮތް
ކްރިމިނަލް ކޯޓުން ބަންދު އިތުރުކުރުމަށް ފުލުހުން ހުށަހެޅި ހުށަހެޅުން ބަލައިނުގަނެ، ކޮންމެވެސް މިންވަރެއްގެ ތުހުމަތުން ނެއްޓި ތުހުމަތު ވުޖޫދުވާ މިންވަރަށް ހެކި ނުލިބޭތީ، ތުހުމަތުކުރެވޭ ފަރާތް އެއްވެސް ޝަރުޠެއްނެތި ދޫކޮށްލަން އަމުރުކުރިއެވެ.
ވާޤިޢާ
ބްރެޒިލްގެ ރައްޔިތެއް، އެކުގައި ދަތުރުކުރި މީހެއްގެ ލަގެޖުން ކޮކެއިން އެކުލެވޭ ގާތްގަނޑަކަށް 18.8 ކިލޯގެ މަސްތުވާތަކެތި ފެނުމާ ގުޅިގެން ހައްޔަރުކުރެވި، 4 އަމުރެއްގެ ދަށުން ޖުމްލަ 29 ދުވަސް ބަންދުގައި ބެހެއްޓިއެވެ. ދެމީހުންގެ އަންނައުނު އެއް ލަގެޖެއްގައި ހުރުމާއި އެކުގައި ދަތުރުކުރުމުގެ އިތުރު ހެއްކެއް ފުލުހުންނަށް ނުލިބެއެވެ.
ކޯޓުން ނިންމަން ޖެހުނު ސުވާލު
މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ތުހުމަތުގައި 29 ދުވަސް ބަންދުގައި ހުރި ބިދޭސީ ތުހުމަތުކުރެވޭ ފަރާތެއް، ބަންދުގެ މުއްދަތު އިތުރުނުކޮށް އެއްވެސް ޝަރުޠެއްނެތި ދޫކޮށްލަން ކްރިމިނަލް ކޯޓުން ނެރުނު އަމުރަކީ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 22 (ކ)، 59 އަދި 60 ވަނަ މާއްދާއާ ޚިލާފު އަމުރެއްތޯ؛ އަދި މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ބަންދުގައި ބެހެއްޓުމަށް ދައުލަތުން ދައްކަންޖެހޭ މިންވަރަކީ ކޮބައިތޯ.
ޚަޞްމުންގެ ހުށަހެޅުންތައް
ދައުލަތުން ބުނީ މަސްތުވާތަކެތި ޓްރެފިކްކުރުމަކީ ޖިނާއީ ބޮޑު ކުށެއްކަމަށާއި، ސުޕްރީމް ކޯޓުގެ 2011/SC-A/33 އާ ޚިލާފަށް ދޫކޮށްލީކަމަށާއި، ތަޙްޤީޤު ފުރިހަމަވުމުގެ ކުރިން އިތުރު ހެކި ނުލިބޭނެކަމަށް ނިންމީ ރަނގަޅަށް ނޫންކަމަށެވެ. ތުހުމަތުކުރެވޭ ފަރާތުން ބުނީ މަސްތުވާތަކެތި އެތެރެކުރުމުގައި އޭނާގެ ދައުރެއް ނެތްކަމަށާއި ތަޙްޤީޤަށް އެއްބާރުލުން ދޭނެކަމަށެވެ.
ކޯޓުގެ ސަބަބުތައް
29 ދުވަސް ވީއިރުވެސް ފުރަތަމަ ދުވަހުގެ ހެކިން ބޭރު އިތުރު ހެއްކެއް ނުލިބޭތީއާއި، ދައުލަތުން މުޖުތަމަޢަށް އޮތް ނުރައްކާ ތަފްޞީލުކޮށް ނުދައްކާތީއާއި، އިތުރަށް ބަންދުގައި ބަހައްޓަންޖެހޭ ޝަރުޢީ ނުވަތަ ޤާނޫނީ ސަބަބެއް ދައުލަތަށް ނުދެއްކޭތީ ދަށުކޯޓުގެ އަމުރަށް ބަދަލެއް ނުގެނެވުނެވެ.

ނިންމުން

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި

އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ އަމުރު ޤާއިމް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 ތަޙްޤީޤުކުރެވޭ ނުވަތަ ދަޢުވާ ލިބޭ މީހާއަކީ ކުށް ސާބިތުވެފައިވާ މީހެއް ނޫނެވެ. ކުށެއްގެ ތުހުމަތުގައިވާ މީހެއްގެ ބަންދާމެދު ގޮތެއް ނިންމުމުގައި ފަނޑިޔާރު ބަލަންޖެހޭނީ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ށ) ގެ (1) އިން (4) އަށް ބަޔާންކޮށްފައިވާ ސަބަބުތަކުން ކުރެ ސަބަބެއް އޮތްތޯއެވެ. އެ ސަބަބެއް އޮތްކަން ނުވަތަ ނެތްކަން ކަނޑައެޅުމުގެ ބާރު ލިބިދީފައިވަނީ ފަނޑިޔާރަށެވެ.

HN2 ބަންދުކޮށްފައިވަނީ ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތިންތޯ ކަނޑައެޅުމުގައި ކުށުގެ ބާވަތާއި ކުޑަބޮޑުމިނާއި، ކުށްކުރި ޙާލަތާއި އަނިޔާވެރިކަމާއި، ހުށަހެޅިފައިވާ ހެކީގެ ބުރަދަނާއި، ކުށުގެ ރެކޯޑާއި، ކޯޓަށް ހާޒިރުވުމުގައި ކުރިން ޢަމަލުކޮށްފައިވާ ގޮތަށް ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 59 ވަނަ މާއްދާއިން ފަނޑިޔާރު ރިޢާޔަތްކުރަންވާނެއެވެ.

HN3 ތަޙްޤީޤަށް ބަންދުގައި ގިނަ ދުވަސް ވީއިރު ފުރަތަމަ ދުވަހު ލިބިފައިވާ ހެކި ޤަރީނާއަށްވުރެ އިތުރު ހެއްކެއް ލިބިފައިނުވާނަމަ، އަދި ތަޙްޤީޤުގައި ކުރަންހުރި ކަންކަމުން ތުހުމަތުކުރެވޭ ފަރާތް އިތުރަށް ބަންދުގައި ބަހައްޓަންޖެހޭ ސަބަބެއް ނުފެންނަނަމަ، ބަންދު އިތުރުކުރުމުގެ ސަބަބެއް ނެތެވެ.

HN4 އެއްވެސް ފަރާތެއްގެ މިނިވަންކަން ކިތަންމެ ކުޑަ ވަގުތުކޮޅަކަށް ނަމަވެސް ހިފެހެއްޓުމަކީ އެ ފަރާތުގެ ޙައްޤަށް ލިބޭ އުނިކަމެކެވެ. އެހެންކަމުން ދަޢުވާއާމެދު ގޮތެއް ނުނިންމާހުރެ ބަންދުގައި ބެހެއްޓުމުން ގެއްލޭނެ ޙައްޤެއް ނެތްކަމަށް ދައުލަތުން ބުނުން ބަލައިނުގަނެވޭނެއެވެ.

HN5 މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ބަންދުގައި ބެހެއްޓުމަށް އެދޭނަމަ، ތުހުމަތުކުރެވޭ ފަރާތް ދޫކޮށްލައިފިނަމަ އޭނާގެ ކިބައިން މުޖުތަމަޢަށް އޮތް ނުރައްކާ ދައުލަތުން ބަޔާންކޮށްދޭންޖެހެއެވެ. ހަމައެކަނި 'މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި' ކަމަށް ކަރުދާހުގައި ލިޔުމަކުން ނުވަތަ ދުލުން ބުނުމަކުން ނުފުދޭނެއެވެ. އެ ނުރައްކާ ތުހުމަތުކުރެވޭ ކުށާއި ލިބިފައިވާ ހެކި ޤަރީނާއާ ގުޅުވައިގެން ޝަރީޢަތަށް ފަހުމްވާ މިންވަރަށް ތަފްޞީލުކޮށްދޭންޖެހޭނެއެވެ.

HN6 ތުހުމަތުކުރެވޭ ފަރާތް އިތުރަށް ބަންދުގައި ބަހައްޓަންޖެހޭ ޝަރުޢީ ނުވަތަ ޤާނޫނީ ސަބަބެއް ދައުލަތަށް ދައްކާނުލެވޭނަމަ، ބަންދުން ދޫކޮށްލުމަށް ދަށުކޯޓުން ނެރުނު އަމުރަށް ބަދަލު ގެންނާކަށް ނުޖެހޭނެއެވެ.

ވަކީލުންނާއި ފަނޑިޔާރުން

ވަކީލުން
—
ބެންޗު
ފަނޑިޔާރު ޢަބްދުﷲ ޙަމީދު، ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާ، ފަނޑިޔާރު ޙަސަން ޝަފީޢު
ރިޔާސަތު
—
ރައުޔު ލިޔުނު ފަނޑިޔާރު
ފަނޑިޔާރު ޢަބްދުﷲ ޙަމީދު · ތާއީދުކުރެއްވީ: ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާ
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

ފަނޑިޔާރު ޢަބްދުﷲ ޙަމީދު ގެ ރައުޔު : މި ރައުޔަށް ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާއާއި ފަނޑިޔާރު

ޙަސަން ޝަފީއު ތާއީދުކުރެއެވެ .  މައްސަލައިގެ ޚުލާޞާ : 1- މިއީ، ކްރިމިނަލް ކޯޓުގެ ނަންބަރު 145-J/MA/2021/2486 ކޯޓު އަމުރު، އެ ކޯޓުން ނެރުއްވާފައިވަނީ ޝަރުޢީ ޤާނޫނީ އުޞޫލުތަކާ ޚިލާފށަ ކަމަށްބުނެ، އެ އަމުރު އިސްތިއުނާފުކުރުމަށް ދިވެހި ދައުލަތް )ޕްރޮސިކިއުޓަރ ޖެނެރަލް ( ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބަލާ ފައިވާ ޤަޟިއްޔާއެކެވެ . މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ، ބްރެޒިލުގެ ރައްޔިތެއްކަމުގައިވާ ނައިރު ނުނެސް ޑިސްސޫޒާ އެވެ .  މައްސަލައިގައި ކަން ހިނގާފައިވާގޮތ: 2- 2021 ނޮވެންބަރު 02ވަނަ ދުވަހު 08:21 ހާއިރު ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށް ޖެއްސި 672 ކިއުއާރު ފްލައިޓުން، ދޯހާއިން ދިވެހިރާއްޖެ އައި ބްރެޒިލުގެ ރައްޔިތުން ކަމުގައިވާ ނައިރު ނުނެސް ޑިސްސޫޒާ އާއި ކްރިސްޓިއާނޯ ސިލްވާ ރޮޑްރިޖް ޖޫނިއާ އާއި ދެ މީހުން އިތުރު ބަޔަކާ ބައިވެރިވެގެން ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް، އެ ތަކެތި ގެންގުޅެ އެ ތަކެތި ބޭނުންކޮށް އެ ތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައި ގައި، ނައިރު ނުނެސް ޑިސްސޫޒާ ހައްޔަރުކޮށްފައިވެއެވެ . ނައިރު ނުނެސް ޑިސްސޫޒާ ގެ މައްޗަށް ތ ހ މަތުކުރެވޭ ކުށާ ގުޅިގެން، އެ ފަރާތުގެ ބަންދުގެ މުއްދަތު އެކި ފަހަރު މަތިން އިތުރު ކުރަމުންގޮސް، 2021 ނޮވެންބަރު 22 ގައި ނައިރު ނުނެސް ޑިސްސޫޒާ ގެ ބަންދުގެ މުއްދަތަށް އިތުރުކޮށްފައިވާ

10 )ދިހައެއް ( ދުވަހުގެ މުއްދަތު ހަވާތީ، އެ ފަރާތުގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް 2021 ޑިސެންބަރު 01 ގައި ކްރިމިނަލް ކޯޓަށް ހުށަހެޅިއެވެ . އެ ހުށަހެޅުން ބެއްލެވުމަށްފަހު، ނައިރު ނުނެސް ޑިސްސޫޒާ އެއްވެސް

1ޕާސްޕޯރޓް ނަންބަރު (Qatar Airways) .2 ޝަރުޠެއްނެތި ދޫކޮށްލަން އަމުރުކޮށް، 2021 ޑިސެންބަރު 01 ގައި ކްރިމިނަލް ކޯޓުގެ ނަންބަރު 145-J/MA/2021/2486 ކޯޓު އަމުރު އެ ކޯޓުން ނެރުނެވެ . މިއީ އެ އަމުރު، ޕްރޮސިކިއުޓަރ ޖެނަރަލު ގެ ފަރާތުން، ދިވެހިރާއްޖޭގެ ހައިކޯޓު ގައި އިސްތިއުނާފު ކުރުމުން ބެލި ޤަޟިއްޔާއެވެ . ހައިކޯޓުގެ ނަންބަރު 2021/HC-B12/81 ޤަޟިއްޔާގެ ދަށުން، މި މައްސަލަ ހައިކޯޓުގައި ރަޖިސްޓްރީ ކުރެވިފައިވަނީ، 2021 ޑިސެންބަރު 09ވަނަ ދުވަހު އެވެ .  އިސްތިއުނާފީ ނުކުތާ ތައު: 3- ކްރިމިނަލް ކޯޓުގެ ނަންބަރު 145-J/MA/2021/2486 ކޯޓު އަމުރު އެ ކޯޓުން ނިންމާފައިވަނީ، ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށް ބުނެ، އެ އަމުރު އިސްތިއުނާފުކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލު ގެ ފަރާތުން އަންނަނިވި ނުކުތާ ފާހަގަކޮށް އެ ނުކުތާއާ މެދު ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ .  އެ ނުކުތާއަކީ : ކްރިމިނަލް ކޯޓުގެ ނަންބަރު 145-J/MA/2021/2486 ކޯޓު އަމަރަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49ވަނަ މާއްދާއާއި، ޤާނޫނު ނަންބަރު 2016/12 )ޖިނާއީ އިޖުރާއަތުގެ ޤާނޫނު ( ގެ 22ވަނަ މާއްދާގެ )ކ( އާއި، 59ވަނަ މާއްދާއާއި، އަދި އެ ޤާނޫނުގެ 60ވަނަ މާއްދާގައި ބަޔާންކުރާ އުޞޫލުތަކާ ޚިލާފަށް ނެރުއްވާފައިވާ އަމުރެއް ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ .  އިސްތިއުނާފުކުރާ ފަރާތުން އެދިފައިވާގޮތް: 4- މި މައްސަލައިގައި އިސްތިއުނާފުކުރާ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އެދިފައިވަނީ، ނައިރު ނުނެސް ޑިސްސޫޒާ ބަންދުން ދޫކޮށްލުމަށް، 2021 ޑިސެންބަރު 01 ގައި ކްރިމިނަލް ކޯޓުން ނެރުއްވާފައިވާ އެ ކޯޓުގެ ނަންބަރު 145-J/MA/2021/2486 ކޯޓު އަމުރު ބާޠިލުކޮށް، ނައިރު ނުނެސް ޑިސްސޫޒާ ކަސްޓޯޑިއަލް ޖަލެއްގައި ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްދެއްވުމަ ށެވެ .  ފާހަގަކުރެވުނު ނުކުތާތައް : 5- 2021 ނޮވނެ ބަރު 02ވަނަ ދުވަހު ގެ 08:21 ހާއިރު ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށް ޖެއްސި 672 ކިއުއާރު )Qatar Airways( ފްލައިޓުން، ދޯހާއިން ދިވެހިރާއްޖެ އައި ބްރެޒިލުގެ ރައްޔިތުން ތަކެއް ކަމުގައިވާ ނައިރު ނުނެސް ޑިސްސޫޒާ އާއި ކްރިސްޓިއާނޯ ސިލްވާ ރޮޑްރިޖް ޖޫނިއާ އާއި ދެ މީހުން އިތުރު ބަޔަކާ ބައިވެރިވެގެން ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް، އެ ތަކެތި ގެންގުޅެ އެ ތަކެތި ބޭނުންކޮށް އެ ތަކެތީގެ ވިޔަފާރި ކުރާ ކަމަށް ތހު މަތުކުރެވޭ މައްސަލައި ގައި، ނައިރު ނުނެސް ޑިސްސޫޒާ ހައްޔަރުކޮށްފައިވެއެވެ . ނައިރު ނުނެސް ޑިސްސޫޒާގެ މައްޗަށް ތ ހުމަ ތުކުރެވނު ކުށާ ގުޅިގެން، އެ ފަރާތުގެ ބަންދުގެ މުއްދަތު އެކިފަހަރު މަތިން އިތުރު ކުރަމުންގޮސް، 2021 ނޮވެންބަރު 22 ގައި ނައިރު ނުނެސް ޑިސްސޫޒާގެ ބަންދުގެ މުއްދަތަށް އިތުރުކޮށްފައިވާ 10 )ދިހައެއް ( ދުވަހުގެ މުއްދަތު ހަވާތީ، އެ ފަރާތުގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް 2021 ޑިސެންބަރު 01 ގައި ކްރިމިނަލް ކޯޓަށް ހުށަހެޅިއެވެ . 6- ދިވެހި ފުލުހުންގެ ޚިދުމަތުގެ ނަންބަރު MF/191611 ފޯމުން، ނައިރު ނުނެސް ޑިސްސޫޒާގެ ބަންދުގެ މުއްދަތު 15 )ފަނަރަ ( ދުވަހަށް އިތުރުކުރަން 2021 ޑިސެންބަރު 01ވަނަ ދުވަހުގެ ތާރީޚު ގައި ކްރިމިނަލް ކޯޓަށް ހުށަހެޅި ފޯމުގައި، ނައިރު ނުނެސް ޑިސްސޫޒާ ]އިތުރަށް ބަންދުގައި ބަހައްޓަން ބޭނުންވާ ސަބަބު[ގެ ގޮތުގައި ބަޔާންކޮށްފައިވަނީ، ]ނައިރު ނުނެސް ޑިސްސޫޒާގެ މައްޗަށް ތުހުމަތުކުރެވިފައިވަނީ، ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެ ތަކެތި ޓްރެފިކުކުރުމުގެ ކުށް ކަމަށްވެފައި މި ބާވަތުގެ ކުށަކީ ޖިނާއީ އިޖުރާތު ޤާނޫނުގެ 22ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ބޮޑެތި ކުށްތަކުގެ ތެރެއިން ކުށަކަށް ވެފައި، މަސްތުވާތަކެތި ޓްރެފިކު ކުރުމުގެ ކުށްތަކަކީ އެކުށުގެ ބާވަތުން މުޖުތަމަޢުގެ ސަލާމަތަށް ނުރައްކާތެރި ކުށުގެ ޢަމަލެއްކަމަށް މަތީކޯޓުތަކުގެ ނިންމުންތަކުން އެނގެން އޮންނާތީ ނައިރު ނުނެސް ޑިސްސޫޒާ ދޫކޮށްލައި ފިނަމަ އޭނާގެ ސަބަބުން މުޖުތަމަޢު ގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތި ވެދާނެކަމަށް ފެންނަތީއާއި މީނާއަކީ ބިދޭސީއަކަށް ވާތީ، މީނާ ދޫކޮށްލައިފިނަމަ ފިލާފާނެކަމަށް ފެންނތާ ނައިރު ނުނެސް ޑިސްސޫޒާ ބަންދުގައި ބަހައްޓައިދިނުމުގެ އަމުރަކަށް އެދި [ މިފަދައިންނެވެ . 7- އިސްވެ ފާހަގަކުރި ސަބަބުތައް ބަޔާންކޮށް، ނައިރު ނުނެސް ޑިސްސޫޒާގެ ބަންދުގެ މުއްދަތު އިތުރުކުރަން ފުލުހުންގެ ފަރާތުން ހުށަހެޅި ހުށަހެޅުން ނިންމަމުން ކްރިމިނަލް ކޯޓުން ތިރީގައި ބަޔާންކުރާ ސަބަބުތައް ފާހަގަކޮށްފައިވެއެވެ .

7.1- މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 143ވަނަ މާއްދާގައި މީހެއްގެ އަތުގައި މަސްތުވާތަކެތި ހުރީ ކަމު ގައި ބެލެވޭނެ ސަބަބުތަކެއް ބަޔާންކޮށްފައިވާއިރު، އެއިން ކަމަކަށް ނައިރު ނުނެސް ޑިސްސޫޒާފެތޭ ކަމުގައި ފުލުހުން ބުނެފައި ނުވާތީއާއި، އަދި އެ މާއްދާގައިވާ ކަންކަމުގެ އިތުރުން މީހެއްގެ އަތުގައި މަސްތުވާއެއްޗެއް ހުރީ ކަމުގައި ބަލާނެ އެހެން ސަބަބެއްވެސް އޮތްކަމަށް ބެލެވޭފަދަ ސަބަބެއް ފުލުހުން ފާހަގަކޮށްފައި ނުވުން؛

7.2- މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 146ވަނަ މާއްދާގައި އެކެއްގެ އަތުގައި ހުރި މަސްތުވާއެއްޗެއް އެހެން މީހެއް އަތުގައިވެސް ހުރީ ކަމުގައި ބެލެވޭނީ ދެ ޢުން ޞު ރެއް ފުރިހަމަވެގެން ކަމުގައިވެއެވެ . ފުރަތަމަ ޢުން ޞު ރަކީ އޭނާއަށް އެނގިގެން އެހެން މީހެއް އަތުގައި މަސްތުވާތަކެތި ހުރުމެވެ . އަނެއް ޢު ން ޞު ރަކީ އޭނާގެ ރުހުމާ އެކު އަނެއް މީހާ އަތުގައި މަސްތުވާތަކެތި ހުރުމެވެ . މި ދެ ޢު ން ޞު ރުގެ ތެރެއިން އެއްވެސް ކަމެއް ފުރިހަމަވާކަމަށް ބެލެވޭނެ އެއްވެސް ހެއްކެއް ނުވަތަ ޤަރީނާއެއް ހުށަހެޅިފައި ނުވުން؛

7.3- އެކުގައި ދަތުރު ކުރުމާއި އެއް ލަގެޖެއްގައި އަންނައުނު ހުރުމަކީ ކޮންމެވެސް މިންވަރެއްގެ ތުހުމަތު އުފެދޭފަދަ ސަބަބެއް ނަމަވެސް، ނައިރު ނުނެސް ޑިސްސޫޒާ ބަންދުގައި ހުންނަތާ މަހެއްހާ ދުވަސްވީއިރު، ކްރިސްޓިއާނޯ ސިލްވާގެ ލަގެޖުގައި މަސްތުވާތަކެތި ހުރީ މީނާގެ އެނގުމާއި ރުހުން ލިބިގެންކަމަށް ތުހުމަތުކުރެވޭފަދަ އިތުރު އެއްވެސް ހެއްކެއް ނުވަތަ ޤަރީނާއެއް ހޯދިފައި ނުވުން؛

7.4- ތަޙުޤީޤުގައި އިތުރަށް ފުރިހަމަކުރަން ހުރީ ސީނަށް ދިޔަ ފުލުހުންގެ ބަޔާންތައް ނެގުމާއި، ކްރިސްޓިއާނޯ ސިލްވާ ހިފަހައްޓައި ބަލާފާސްކުރި ކަސްޓަމްސް އޮފިސަރުންގެ ބަޔާންތައް ނެގުމާއި، މަސްތުވާތަކެތީގެ ތަޙުލީލު ރިޕޯޓު ހޯދުން ކަމުގައި ފުލުހުން ހުށަހެޅި ފޯމު ގައިވެއެވެ . އެހެންކަމުން ތަޙްޤީޤުގައި އިތުރަށް ކުރަން ހުރި ކަންތައްތައް ފުރިހަމަވުމަކުން، ނައިރު ނުނެސް ޑިސްސޫޒާގެ އެންގުމެއް ނުވަތަ ރުހުމެއް އޮތްކަމަށް ބެލެވޭފަދަ ހެއްކެއް ހޯދިދާނެ ކަމަކަށް ނުބެލެވުން؛

7.5- މަސްތުވާތަކެތި ހުރި ލަގެޖު ބަލައިފާސްކޮށްފައިވަނީ ނައިރު ނުނެސް ޑިސްސޫޒާގެ ޣައިރު ޙާޒިރުގައިކަމުނ އެ ލަގެޖުން ފެނުނު މަސްތުވާތަކެއްޗާމެދު ނައިރު ނުނެސް ޑިސްސޫޒާ ޒިއްމާވާންޖެހޭ ސަބަބެއްވެސް ނެތުން؛

7.6- އެހެންކަމުން، މަފްތޫޙް ސަޢީދު ވ. ޕްރޮސިކިއުޓަރ ޖެނެރަލް ގަޒިއްޔާގައި ސުޕްރީމް ކޯޓުން ނިންމަވާފައިވާ އުޞޫލަށް ރިޢާޔަތްކޮށް ކޮންމެވެސް މިންވަރެއްގެ ތުހުމަތު ކުރެވި ބަންދުގައި ހުންނަތާ 29 ދުވަސް ވެފައިވާއިރު، ކޮންމެވެސް މިންވަރެއްގެ ތުހުމަތު ކުރެވުމުގެ މިންގަނޑުން ނެއްޓި ތުހުމަތެއް ވުޖޫދުވާ މިންވަރަށް ހެކި ޤަރީނާ ހޯދިފައި ނވު މާއި، ތުހުމަތެއް ވުޖޫދުވާ މިންވަރުގެ ހެއްކެއް ހޯދުމުގެ މަސައްކަތެއްވެސް ފުލުހުން ކުރަމުންނުދިއުން . 8- އިސްވެ ބަޔާންކުރެވުނު ސަބަބުތަކުގެ މައްޗަށް ނަޒަރުކޮށް، ނައިރު ނުނެސް ޑިސްސޫޒާ އެއްވެސް ޝަރުޠެއްނެތި ދޫކޮށްލަން އަމުރުކޮށް، 2021 ޑިސެންބަރު 01 ގައި ކްރިމިނަލް ކޯޓުގެ ނަންބަރު 145- J/MA/2021/2486 ކޯޓު އަމުރު އެ ކޯޓުން ނެރުނެވެ. 9- ނައިރު ނުނެސް ޑިސްސޫޒާ އެއްވެސް ޝަރުޠެއްނެތި ދޫކޮށްލަން، 2021 ޑިސެންބަރު 01 ގައި ކްރިމިނަލް ކޯޓުން ނެރުނު އެ ކޯޓުގެ ނަންބަރު 145-J/MA/2021/2486 ކޯޓު އަމުރަ ކ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49ވަނަ މާއްދާއާއި، ޤާނޫނު ނަންބަރު 2016/12 )ޖިނާއީ އިޖުރާއަތުގެ ޤާނޫނު ( ގެ 22ވަނަ މާއްދާގެ )ކ( އާއި، 59ވަނަ މާއްދާއާއި އަދި އެ ޤާނޫނުގެ 60ވަނަ މާއްދާގައި ބަޔާންކުރާ އުޞޫލުތަކާ ޚިލާފަށް ނެރުއްވާފައިވާ އަމުރެއްކަމަށް ދައުލަތުގެ ފަރާތުން ފާހަގަކޮށްފައިވެއެވެ . 10- ދައުލަތުގެ ފަރާތުން ފާހަގަކުރި ޤާނޫނީ މާއްދާ ތަކުގައި ބަޔާންކޮށްފައިވަނީ އަންނަނިވި ފަދައިންނެވެ . ޤާނޫނުއަސާސީގެ 49ވަނަ މާއްދާ – ކުށްކުށަށް ތުހުމަތުކުރެވޭ މީހުން މިނިވަންކުރުން: ]އެ މީހަކާ މެދު ތުހުމަތުކުރެވިފައިވާ މައްސަލައެއްގެ ހެކި ފޮރުވުމަށް ނުވަތަ ހެކިބަސް ދޭން ހުރިމީހަކަށް ނުފޫޒެއް ފޯރުވުމަށް މަސައްކަތްކޮށްފާނެ ކަމަށްޓަކައި، ނުވަތަ ކޯޓަށްހާޒިރުނުވެދާނެ ކަމަށްޓަކައި، ނުވަތަ ފިލައިފާނެ ކަމަށްޓަކައި، ނުވަތަ ބަންދުން ދޫކޮށްލައިފިނަމަ މުޖްތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށްޓަކައި މެނުވީ، އެއްވެސް މީހަކާ މެދު ޝަރީޢަތުން ޙުކުމްކުރުމުގެ ކުރީން އެ މީހަކު ބަންދުގައި ބަހައްޓައިގެނެއް ނުވާނެއެވެ . އަދި ބަންދުން ދޫކޮށްލާ ހިނދު ކަފާލާތުގެ އުޞޫ ލުން ނުވަތަ ކޯޓުން ބޭނުންވާ ގޮތެއްގެ މަތީން ކޯޓަށް ހާޒިރުވާނޭކަން ކަށަވަރު ކުރުމަށް ކަނޑައަޅާ އެހެން ޝަރުޠު ތަކެއް ކަނޑައެޅިދާނެއެވެ .[ ޤާނޫނު ނަންބަރު 2016/12 )ޖިނާއީ އިޖުރާއަތުގެ ޤާނޫނު ( ގެ 22ވަނަ މާއްދާ- ޖިނާއީ ބޮޑެތިކުށް : )ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 22ވަނަ މާއްދާއާ ހަވާލާދީ އިސްތިއުނާފުރާ ފަރާތުން ފާހަގަކޮށްފައިވަނީ އެމާއްދާގެ )ކ( ގައި ބަޔާންކުރާ ކުށަށެވެ (. ]"ޖިނާއީ ބޮޑު ކުށެއް" ކަމުގައި ބުނެފައި އެވަނީ، އަންނަނިވި ކުށްތަކުގެ ތެރެއިން ކުށަކަށެވެ . )ހ( މީހަކު މެރުމުގެ ކުށް؛ )ށ( ރޭޕްކުރުމުގެ ކުށް؛ )ނ( ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ކުށްތައް؛ )ރ( ޓެރަރިޒަމްގެ ކުށްތަކާއި ޓެރަރިޒަމަށް ފައިނޭންސްކުރުމުގެ ކުށްތައް؛ )ބ( މަނީ ލޯންޑްރިންގ ކުށްތައް؛ )ޅ( މީހުން ޓްރެފިކްކުރުމުގެ ކުށްތައް؛ )ކ( މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ކުށްތައް؛ )އ( އަންނަނިވި ކުށްތަކުގެ ތެރެއިން -/100000 )އެއްލައްކަ ( ރުފިޔާއިން ފެށިގެން މަތީގެ ފައިސާގެ ޢަދަދު ހިމެނޭ ކުށްތައް؛ (1) ޤާނޫނު ނަންބަރު 2014/9 )ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު ( ގެ 210 ވަނަ ބާބުގައި ބަޔާންކުރާ ކުށްތައް؛ )2( ޤާނޫނު ނަންބަރު 2000/2 )ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު ( ގައި ބަޔާންކޮށްފައިވާ ރިޝްވަތުގެ ކުށްކުށާއި، ޤާނޫނު ނަންބަރު 2014/9 )ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު ( ގައި ކަނޑައަޅާފައިވާ ކޮރަޕްޝަންގެ ކުށްތައް. )ވ( ޤާނޫނު ނަންބަރު 2010/3 )ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު ( ގައި ކަނޑައަޅާފައިވާ ޓެކްސް ދެއްކުމުން އެއްކިބާވުމުގެ ކުށްތަކުގެ ތެރެއިން، -/500000 )ފަސްލައްކަ ( ރުފިޔާއިން ފެށިގެން މަތީގެ ފައިސާގެ ޢަދަދު ހިމެނޭ ކުށްތައް؛ )މ( މީހެއްގެ ގުނަވަނެއް ނެތިދާފަދަ ގޮތަކަށް ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް މާރާމާރީ ހިންގުމުގެ ކުށާއި، މީހަކަށް ނުރައްކާތެރި ހާނިއްކައެއްވާ ގޮތަށް ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް މާރާމާރީ ހިންގުމުގެ ކުށްތައް؛ )ފ( ޤާނޫނު ނަންބަރު 2014/9 )ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު ( ގެ 610 ވަނަ މާއްދާއާއި 611 ވަނަ މާއްދާގައި ކަނޑައަޅާފައިވާ ކުށްތައް؛ )ދ( ޤާނޫނު ނަންބަރު 2014/9 )ދިވެހިރާއްހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު ( ގައި 1 ވަނަ ދަރަޖައިގެ އަދި 2 ވަނަ ދަރަޖައިގެ ޢިނާޔަތެއް ކަމުގައި ކަނޑައަޅާފައިވާ ކުށްތައް ނުވަތަ އެހެން ޤާނޫނެއްގައި 10 )ދިހައެއް ( އަހަރަށްވުރެ ދިގު މުއްދަތަކަށް ޖަލަށްލުމުގެ އަދަބު ކަނޑައެޅިފައިވާ ކޮންމެ ކުށެއް [. ޤާނޫނު ނަންބަރު 2016/12 )ޖިނާއީ އިޖުރާއަތުގެ ޤާނޫނު ( ގެ 59ވަނަ މާއްދާ - ބަންދާމެދު ގޮތެއް ނިންމާއިރު ފަނޑިޔާރު ރިޢާޔަތްކުރަންޖެހޭ ކަންކަން : ]ކުށެއްގެ ތުހުމަތުގައި ބަންދުކޮށްފައިވާ މީހަކު ބަންދުކޮށްފައިވަނީ ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިންކަން ނުވަތަ ނޫންކަން ކަނޑައެޅުމަށްޓަކައި ބާއްވާ ޝަރީޢަތުގެ މަޖިލީހުގައި، އޭނާ ބަންދުކޮށްފައިވަނީ ޤާނޫނީ ހަމަތަކުގެމަތިންކަން ނުވަތަ ނޫންކަން ކޯޓުން ކަނޑައެޅުމުގައި، މައްސަލައިގައި ހިމެނޭ ދެފަރާތުން ހުށަހަޅާ ކަންތައްތަކަށް ފަނޑިޔާރު ރިޢާޔަތްކުރަންވާނެއެވެ . އޭގެ އިތުރުން، އަންނަނިވި ކަންކަމަށް ވެސް ފަނޑިޔާރު ރިޢާޔަތްކުރަންވާނެއެވެ. )ހ( ކުށުގެ ބާވަތާއި، ކުށުގެ ކުޑަބޮޑުމިނާއި، ކުށް ކޮށްފައިވާ ޙާލަތާއި، ކުށް ކުރުމުގައި އަނިޔާވެރިކަން ހިމެނޭނަމަ އެކަން؛ )ށ( އޭނާއާ ދެކޮޅަށް ހުށަހެޅިފައިވާ ހެކީގެ ބުރަދަން؛ )ނ( އޭނާގެ ކުށުގެ ރެކޯޑް؛ )ރ( ކޯޓަށް ހާޒިރުވުމުގައި ވޭތުވެދިޔަ ތާނގައި ޢަމަލުކޮށްފައިވާ ގޮތް .[ ޤާނޫނު ނަންބަރު 2016/12 )ޖިނާއީ އިޖުރާއަތުގެ ޤާނޫނު ( ގެ 60ވަނަ މާއްދާ - ބަންދާމެދު ގޮތެއް ކަނޑައެޅުން: )ހ( ކުށެއްގެ ތުހުމަތުގައި ބަންދުކޮށްފައިވާ މީހަކު ބަންދުކޮށްފައިވަނީ ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިންކަން ނުވަތަ ނޫންކަން ކަނޑައެ ޅުމަށްޓަކައި ބާއްވާ ޝަރީޢަތުގެ މަޖިލީހުގައި، އޭނާ ބަންދުކޮށްފައިވަނީ ޤާނޫނީ ހަމަތަކުގެމަތިންތޯ ނުވަތަ ނޫންތޯ ކަނޑައެޅުމާއެކު، އަންނަނިވ އަމުރުތަކުގެ ތެރެއިން އަމުރެއް ފަނޑިޔާރު ނެރެންވާނެއެވެ. )1( މި މާއްދާގެ )ށ( ނުވަތަ )ބ( ގެ ދަށުން އޭނާ ބަންދުގައި ބެހެއްޓުމުގެ އަމުރެއް؛ )2( މި މާއްދާގެ )ނ( ގެ ދަށުން އެއްވެސް ޝަރުޠެއް ނެތި އޭނާ ބަންދުން ދޫކުރުމުގެ އަމުރެއް؛ )3( މި މާއްދާގެ )ރ( ގެ )1( ވަނަ ނަންބަރުގައިވާ ގޮތުގެމަތިން އޭނާ ކަފާލާތުގެ އުސޫލުން ދޫކުރުމުގެ އަމުރެއް؛ )4( މި މާއްދާގެ )ރ( ގެ )2( ވަނަ ނަންބަރުގެ ދަށުން އޭނާ ޝަރުޠަކާއެކު ބަންދުން ދޫކުރުމުގެ އަމުރެއް . )ށ( ކުށެއްގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފައިވަނީ ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިންކަން ނުވަތަ ނޫންކަން ކަނޑައެޅުމަށްޓަކައި ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރު ކޮށްފައިވާ މީހާއާމެދު ތުހުމަތުކުރެވުނު ކުށް އޭނާ ކުރިކަމަށް ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުރެއްޖެނަމަ، އަދި އޭނާ ބަންދުން ދޫކޮށްލައިފިނަމަ އަންނަނިވި ޙާލަތްތަކުގެ ތެރެއިން ޙާލަތެއް މެދުވެރިވެދާނެ ކަމަށް ފަނޑިޔާރަށް ޤަބޫލުކުރެވިއްޖެ ޙާލަތެއްގައި، އޭނާގެ ޝަރީޢަތް ނިމެންދެން އޭނާ ބަންދުގައި ބަހައްޓަން ފަނޑިޔާރު އަމުރުކުރަންވާނެއެވެ. )1( އޭނާއާމެދު ތުހުމަތުކުރެވިފައިވާ މައްސަލައިގެ ހެކި ފޮރުވުމަށް ނުވަތަ އެ މައްސަލައިގައި ހެކިބަސް ދޭން ހުރި މީހަކަށް ނުފޫޒެއް ފޯރުވުމަށް އޭނާ މަސައްކަތްކޮށްފާނެ ކަމަށް ބެލެވުން؛ ނުވަތަ )2( އޭނާ ކޯޓަށް ހާޒިރުނުވެދާނެ ކަމަށް ބެލެވުން؛ ނުވަތަ )3( އޭނާ ފިލައިފާނެ ކަމަށް ބެލެވުން؛ ނުވަތަ )4( އޭނާ ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ބެލެވުން . )ނ( ކުށުގެ ތުހުމަތުގައި ބަންދުކޮށްފައިވާ މީހާ ބަންދުކޮށްފައިވަނީ ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިންކަން ނުވަތަ ނޫންކަން ކަނޑައެޅުމުގައި، އޭނާ އެ ކުށް ކުރިކަމަށް ތުހުމަތުކުރެވޭ މިންވަރަށް ހެކި ލިބިފައި ނެތްނަމަ، އަދި މި މާއްދާގެ )ށ( ގެ )1( ވަނަ ނަންބަރުން ފެށިގެން )4( ވަނަ ނަންބަރުގެ ނިޔަލަށް ހުރި ނަންބަރުތަކުގައި ބަޔާން ކުރާ ސަބަބެއް ނެތްނަމަ، އެއްވެސް ޝަރުޠަކާ ނުލައި އޭނާ ބަންދުން ދޫކޮށްލުމަށް އަންގަންވާނެއެވެ. )ރ( ކުށުގެ ތުހުމަތުގައި ބަންދުކޮށްފައިވާ މީހާ ބަންދުކޮށްފައިވަނީ ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިންކަން ނުވަތަ ނޫންކަން ކަނޑައެޅުމުގައި، މި މާއްދާގެ )ށ( ގެ )1( ވަނަ ނަންބަރުން ފެށިގެން )4( ވަނަ ނަންބަރުގެ ނިޔަލަށް ހުރި ނަންބަރުތަކުގައި ބަޔާންކުރާ ސަބަބެއް ނެތް ކަމުގައި ވީނަމަވެސް، އޭނާއާމެދު ތުހުމަތުކުރެވުނު ކުށް އޭނާ ކުރިކަމަށް ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުރެއްޖެނަމަ، އަންނަނިވި ގޮތްތަކުގެ ތެރެއިން ގޮތަކަށް އޭނާ ބަންދުން ދޫކޮށްލުމުގެ އިޚްތިޔާރު ފަނޑިޔާރަށް ލިބިގެންވެއެވެ . )1( ކަފާލާތުގެ އުސޫލުން އޭނާ ބަންދުން ދޫކުރުމަށް؛ ނުވަތަ )2( ކޯޓުން ކަނޑައަޅާ ޝަރުޠުތަކަކާއެކު އޭނާ ބަންދުން ދޫކުރުމަށް. )ބ( ކުށެއްގެ ތުހުމަތުގައި ބަންދުކޮށްފައިވާ މީހާ ބަންދުކޮށްފައިވަނީ ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިންކަން ނުވަތަ ނޫންކަން ކަނޑައެޅުމުގައި، އޭނާ އެ ކުށް ކުރިކަމަށް ތުހުމަތުކުރެވޭ މިންވަރަށް އެކަށީގެންވާ ހެކި އެވަގުތު ނެތްކަމުގައިވިޔަސް، މި މާއްދާގެ )ށ( ގެ )1( ވަނަ ނަންބަރުން ފެށިގެން )4( ވަނަ ނަންބަރުގެ ނިޔަލަށް ހުރި ނަންބަރުތަކުގައި ބަޔާންކުރާ ސަބަބުތަކުގެ ތެރެއިން ސަބަބެއް އޮވެފައި، އޭނާގެ މައްޗަށް އެ މައްސަލައިގައި ތުހުމަތުކުރެވޭ ކޮންމެވެސް މިންވަރެއްގެ ހެކި ހުރެއްޖެނަމަ، މި ގާނޫނުގެ 59 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަންކަމަށް ފަނޑިޔާރު ރިޢާޔަތްކޮށް، 15 )ފަނަރަ ( ދުވަހަށްވުރެ އިތުރުނުވާނެ ގޮތުގެމަތިން އޭނާ ބަންދުގައި ބެހެއްޓުމަށް އަމުރުކުރެވިދާނެއެވެ . )ޅ( މި މާއްދާގެ )ބ( ގެ ދަށުން ބަންދުކުރެވޭ މީހާގެ މައްޗަށް ތުހުމަތުކުރެވޭ ކުށަކީ ޖިނާއީ ބޮޑު ކުށެއް ކަމުގައިވެފައި، އެ މުއްދަތު ހަމަވުމަށްފަހު އޭނާ އިތުރަށް ބަންދުގައި ބެހެއްޓުމަށް ޤާނޫނު ތަންފީޛުކުރާ އިދާރާއިން ބޭނުންނަމަ، އެ މުއްދަތު ހަމަވުމުގެ ކުރިން އޭނާ ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރުމުން، އިތުރު މުއްދަތަކަށް އޭނާ ބަންދުގައި ބެހެއްޓުމުގެ ހުއްދަ ދިނުމުގެ އިޚްތިޔާރު ފަނޑިޔާރަށް ލިބިގެންވެއެވެ . އެހެންނަމަވެސް، އޭނާއާ އެކުށާ ގުޅުވައިދޭ އެކަށީގެންވާ މިންވަރެއްގެ ހެއްކެއް އެހާތަނަށްވެސް ލިބިފައިނުވާނަމަ، އެފަދައިން އިތުރުކޮށްދޭ މުއްދަތު، 15 )ފަނަރަ ( ދުވަހަށްވުރެ އިތުރުވެގެންނުވާނެއެވެ. )ކ( މި މާއްދާގެ )ޅ( އެހެން އޮތްނަމަވެސް، އޭނާ ބަންދުކޮށްފައިވަނިކޮށް، އޭނާ އެ ކުށް ކުރިކަމަށް ތުހުމަތުކުރެވޭ މިންވަރަށް އެކަށީގެންވާ ހެކި ލިބިއްޖެނަމަ، އޭނާ 15)ފަނަރަ( ދުވަހަށްވުރެ ދިގު މުއްދަތަކަށް، ނުވަތަ ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކުރުމުގެ އިޚްތިޔާރު، ފަނޑިޔާރަށް ލިބިގެންވެއެވެ . )އ( މި މާއްދާގެ ދަށުން ފަނޑިޔާރަކު އަމުރެއް ކުރުމުގައި، ޝަރީޢަތް ނިމެންދެން މީހަކު ބަންދުގައި ބަހައްޓަން ފަނޑިޔާރު ނިންމާނަމަ އެގޮތަށް ފެންނަ ސަބަބު، ނުވަތަ ޝަރީޢަތް ނިމެންދެން މީހަކު ބަންދުގައި ބަހައްޓަން ފަނޑިޔާރަށް ނުފެންނަނަމަ ނުފެންނަ ސަބަބު، ނުވަތަ މީހަކު ބަންދުން ދޫކޮށްލަން ނިންމައިފިނަމަ އޭނާ ބަންދުން ދޫކޮށްލަން ނިންމި ސަބަބު، ނުވަތަ ކަފާލާތުގެ ދަށުން ނުވަތަ ޝަރުޠަކާއެކު ދޫކޮށްލަށް ނިންމައިފިނަމަ، އެފަދައިން ނިންމި ސަބަބު، އެ އަމުރުގައި ބަޔާން ކުރަންވާނެއެވެ. )ވ( މި މާއްދާގެ )ށ( ނުވަތަ )ކ( ގެ ދަށުން ޝަރީޢަތް ނިމެންދެން މީހަކު ބަންދުގައި ބަހައްޓަން ފަނޑިޔާރު ނިންމައިފިނަމަ، އެ ނިންމުން، ކޮންމެ 30 )ތިރީސް ( ދުވަހަކުން މުރާޖައާކުރަންވާނެއެވެ . އަދި، އޭނާ އިތުރަށް ބަންދުގައި ބަހައްޓަންޖެހޭ ސަބަބެއް އޮތްތޯ ބެލުމަށްޓަކައި، އޭނާ ހައްޔަރުކޮށްފައިވާ ފަރާތުން، އޭނާ ކޯޓަށް ހާޒިރުކުރަންވާނެއެވެ . )މ( މާއްދާގެ )ވ( އެހެން އޮތްނަމަވެސް، އެ މާއްދާގައި ބަޔާންކުރާ މުއްދަތުގެ ކުރިންވެސް، މި މާއްދާގެ ދަށުން ޝަރީޢަތް ނިމެން ދެން ބަންދުކޮށްފައިވާ މީހަކު، އޭނާގެ ޝަރީޢަތް ނިމެންދެން ބަންދުގައި ބަހައްޓަންޖެހޭ ސަބަބެއް ނެތްކަމަށް ޕްރޮސިކިއުޓަރ ޖެނެރަލަށް ފެނިއްޖެ ހިނދެއްގައި، އެ އަމުރު ބާޠިލުކުރުމަށް އެދި ކޯޓަށް ހުށަހެޅުމަކަށް މި މާއްދާ ހުރަހެއްނާޅައެވެ. )ފ( ކުށެއްގެ ތުހުމަތުގައި ބަންދުކޮށްފައިވާ މީހަކު ބަންދުކޮށްފައިވަނީ ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިންކަން ނުވަތަ ނޫންކަން ކަނޑައެޅުމަށްޓަކައި ކޯޓަށް މައްސަލަ ހުށަހަޅާނެ އުސޫލުތަކާއި، އެފަދަ މައްސަލަތައް ބެލުމުގައި ކޯޓުން ޢަމަލުކުރާނެ ގޮތުގެ އުސޫލުތަކާއި، ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވާ މީހުންގެ ބަންދު އަމުރު މުރާޖައާކުރުމާގުޅޭ އުސޫލުތައް، މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެ އެވެ [. 11- އިސްވެ ބަޔާންކުރެވުނު ޤާނޫނީ އަސާސްތަކާ ޙަވާލާދީ ދައުލަތު ގެ ފަރާތުން ޖުމްލަ ގޮތެއްގައި ފާހަގަކޮށްފައިވަނީ، 02 ނޮވނެ ބަރު 2021 ގައި ނައިރު ނުނެސް ޑިސްސޫޒާއާ އެކު ދިވެހިރާއްޖެއަށް ދަތުރުކުރި ކްރިސްޓިއާނޯ ސިލްވާ ރޮޑްރިޖް ޖޫނިއާގެ ލަގެޖުގެ ތެރެއިން 15 ޕެކްޓް އެކުލެވޭހެން އެއްކޮށް ޓޭޕްއަޅާފައިހުރި ޖުމްލަ ބަރުދަނުގައި ޕެކިނާއެކު 18.875 ކިލޯގްރާމް ކޮކެއިން އެކުލެވޭ މަސްތުވާތަކެތި ފެނިފައިވާކަމަށާ އ، މައްސަލައިގެ ތަޙްޤީޤަށް އިސްތިއުނާފު ރައްދުވާ ނައިރު ނުނެސް ޑިސްސޫޒާ 2021 ނޮވނެ ބަރު 03 ގައި ބަން ދުކުރުމަ ށ އަމުރުކޮށްފައިވާކަމަށާ އ، ބަންދުގެ މުއްދަތު އިތުރުކުރުމަށް ހުށަހެޅުމުން ބަންދުގެ މުއްދަތު 3 )ތިނެއް ( ފަހަރު އިތުރުކޮށްދެއްވާފައިވާކަމަށާއި، 2021 ޑިސެންބަރު 01ވަނަ ދުވަހު ހުށަހެޅުމާ ގުޅިގެން ބަންދުގެ މުއްދަތު އިތުރު ނުކުރެއްވުމަށާއި ނައިރު ނުނެސް ޑިސްސޫޒާ އެއްވެސް ޝަރުޠެއްނެތި ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވާކަމަށާއި؛

11.1- ޤާނޫނު ނަންބަރު 2016/12 )ޖިނާއީ އިޖުރާއަތުގެ ޤާނޫނު(ގެ 60ވަނަ މާއްދާގެ ދަށުން މީހެއް ބަންދުގައި ބަހައްޓަންޖެހޭތޯ ވަޒަންކުރާއިރު ދެ ސުވާލެއްގެ ޖަވާބު ހޯދަންޖެހޭކަމަށާއި އެގޮތުން ފުރަތަމަ ސުވާލަކީ، ފަނޑިޔާރުގެ ކުރިމައްޗަށް ޙާޟިރުކުރެވޭ މީހާ އާ މެދު ތުހުމަތުކުރެވުނު ކުށް އޭނާ ކުރިކަމަށް ބާރު ލިބިދޭ ހެކި ހުރިކަން ނުވަތަ ނޫންކަމަށާ އ، މި ސުވާލުގެ ޖަވާބަކީ ހެކި ހުރުން ކަމަށްވާނަމަ، ދެން އޮތް ސުވާލަށް ނަޤުލުވާންޖެހޭކަމަށއި، އެ ސުވާލަކީ ޤާނޫނުއަސާސީގެ 49ވަނަ މާއްދާގައި ބަޔާންވެފައިވާ ޙާލަތްތަކުން ކުރެ ޙާލަތެއް ވުޖޫދުވެދާނެކަން ނުވަތަ ނޫންކަން ކަނޑައެޅުންކަމަށްވާއިރު، މި ފަދަ ޙާލަތެއް ވުޖޫދުވުމުގައި ބަލަންޖެހޭނީ އެފަދަ ސަބަބެއް ވުޖޫދުވުން ނުވުމަށްވުރެންގާތްކަން ބޮޑުކަމުގެ މައްޗަށް ކަމށއި، އެ ފަދަ ސަބަބެއް ވުޖޫދުވެދާނެކަމަށް ބެލުމުގައި ޝަރީ ޢަ ތްކުރުމބެހާ ޖިނާއީ އިޖުރާއަތުގެ ޤަވާއިދުގެ 13ވަނަ މާއްދާއަށް ރިޢާޔަތް ކުރެވިދާނެކަމަށް ވެސް ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/93 ޤަޟިއްޔާގައި ބަޔާންކޮށްފައިވާކަމަށާއި، ބުނެވިދިޔަ ޤަވާއިދުގެ 13ވަނަ މާއްދާގައިވާ ކަންތައްތަކުގެ ތެރޭގައި )1( ތުހުމަތުކުރެވޭ މީހާގެ ބަންދާއި، ހައްޔަރުގެ ރެކޯޑުތަކާއި، ކުށުގެ ރެކޯޑު އަދި )2( ތުހުމަތުކުރެވޭ ކުށުގެ ބާވަތާއި، ކުށުގެ ކުޑަބޮޑުމިން ހިމެނޭކަން އެ މާއްދާއަށް ބެލުމުން އެނގެ ން އޮންނަކަމަށާއި؛

11.2- މި މައްސަލައިގައި މުޖުތަމަ ޢގެ ސަލާމަތާ ރައްކާތެރިކަމަށްޓަކައި ބަންދުގައި ބަހައްޓަންޖެހޭ ކަމާމެދު ސުވާލު އުފެދިފައިވާ ކަމަށް ނުފެންނަކަމާއި، އެހެނަސް ސުވާލު އުފެދިފައިވަނީ ފެންމަތިވެފައިވާ މައްސަލައާ ގުޅުން ހުރިކަމަށް ބުނެ ތަޙްޤީޤީ އ ދާރާއިނ އިޝާރާތްކުރި މީހެއްކަމަށްވާ އިސްތިއުނާފު ރައްދުވާ ނައިރު ނުނެސް ޑިސްސޫޒާ އަކީ ޙަޤީޤަތުގައިވެސް އެ ކުށުގެ ޢަމަލާ ގުޅިފައިވާ މުއްތަހަމެއްގެ މަޤާމުގައި ހުރި މީހެއްތޯއާ މެދުގައިކަމަށާއި؛

11.3- މި މައްސަލައިގައި ތުހުމަތުކުރެވޭ ކްރިސްޓިއާނޯ ސިލްވާ ރޮޑްރިޖް ޖޫނިއަރއާ އެކީ އިސްތިއުނާފު ރައްދުވާ ފަރާތް ދަތުރުކުރިކަން ކަސްޓަމްސް އޮފިސަރުން ބުނާ ބުނުމުން އެނގޭ ކަމަށާއި، ނައިރު ނުނޭސް ޑިސްސޫޒާގެ ނަމުގައި ޗެކްއިން ކޮށްފައިވާ ލަގެޖުގައި ކްރިސްޓިއާނޯ ސިލްވާ ރޮޑްރިޖް ޖޫނިއަރގެ އަންނައުނު ފެނިފައިވާ ކަމަށާއި، މިހެންކަމުން މި ދެ މީހުންގެ ފ ށިތަންމަތި ބަންދުކުރުމުގެ ކުރިންވެސް އެކަކު އަނެކަކާއެކު ޙަ ރަކާ ތްތެރި ވެފައިވާކަމާއި، އަތްދަބަސް ބަންދުކުރީ އެކުގައިކަން މި ދެ މީހުންގެ އަންނައުނު ހުރު ލަގެޖް އިން ދައްކުވައިދޭ ކަމަށާއި؛

11.4- މި މައްސަލައިގައި ތުހު މަތުކުރެވ ކްރިސްޓިއާނޯ ސިލްވާ ރޮޑް ރިޖް ޖޫނިއަ ރުގެ ބަޔާން ނެގުމަކީ ނައިރު ނުނ ސ ޑިސްސޫޒާގެ ތަޙްޤީޤުގައި ބާކީ އޮތްކަމެއްކަމަށް އިސްތިއުނާފު މިކުރެވޭ އަމުރުގައި ފަނޑިޔާރު ރިޢާޔަތް ކުރައްވާފައިނެތްކަމަށާއި، މިއީ އަމުރަށް އެދި ހުށަހެޅި ]ތަޙް ޤީޤުކުރާ ފަރާތުގެ އިޤްރާރުގައި [ ބަޔާންކުރާ ކަމެއްކަމަށާއި، އަދި އެ ބަޔާނުން ތަޙްޤީޤަށް ހޯދިދާނެ މަޢުލޫމާތުގެ އަލީގައި ނައިރު ނުނޭސް ޑިސްސޫޒާގެ މައްޗަށް ތުހުމަތުކުރެވޭ މިންވަރުގެ ހެކި ލިބުމުގެ ފުރުޞަތު އެބައޮތްކަމަށާއި، އަދި ނައިރު ނުނޭސް ޑިސްސޫޒާ މި މައްސަލައިގައި ޙަ ރަކާތްތެ ރ ވެފައިވާކަމަށް ބަޙު ޘްނުކުރެވޭ މިންވަރަށް ހެކި ލިބިފައިވާއިރު ތަޙްޤީޤު ފުރިހަމަވުމުގެ ކުރިން ނައިރު ނުނެސް ޑިސްސޫޒާ އާ ދެކޮޅަށް އިތުރު ހެއްކެއް ނުލިބޭނެ ކަމަށް ނިންމެވީ ރަނގަޅަށް ނޫން ކަމަށާއި؛

11.5- މީގެ އިތުރުން، 18.857 ކިލޯގެ ކޮކެއިން އެތެރެކުރިކަމަށް ޝައްކުކުރެވުނު މި މައްސަލައަކީ ޤާނޫނު ނަންބަރު 2016/12 )ޖިނާއީ އިޖުރާއަތުގެ ޤާނޫނު( ގެ 22ވަނަ މާއްދާގެ )ކ( ގެ ދަށުން ޖިނާއީ ބޮޑުކުށެ އްކަމަށާއި، މަސްތުވާތަކެތި ބޭނުންކުރުމާއި، ގެންގުޅުމާއި، އެ ތަކެތީގެ ވިޔަފާރިކުރުމުގެ ކުށްތަކުގެ ސަބަބުން މުޖުތަމަޢަށް ލިބެމުންދާ ބޮޑެތި ގެއްލުންތަކަށްޓަކައި، މަސްތުވާތަކެތި ޓްރެފިކު ކުރާކަމަށް ތުހުމަތުކުރެވޭ ފަރާތްތަކަކީ މުޖުތަމަ ޢން އެކަހެރިކޮށް، އެ މީހުންގެ ނުރައްކާ މުޖުތަމަޢށަ ނުފޯރާގޮތަށް ބަންދުގައި ބަހައްޓަންޖެހޭ މީހުން ކަމަށާއި؛

11.6- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2011/SC-A/33 ޤަޟިއްޔާގެ ފާހަގަ ކުރެވުނު ނުކުތާތަކުގެ )ނ( ގައި ]މަނާކުރެވިފައިވާ މަސްތުވާތަކެތީގެ ވިޔަފާރިއާއި އޭގެ ބޭނުންކުރުމުގެ ކުށްތަކަކީ، އެ ކުށްތަކުގެ ބާވަތުން މުޖުތަމަޢަށް ލިބެމުންދާ ބޮޑެތި ގެއްލުންތަކަށްޓަކައި، މުޖުތަމަޢަށް ނުރައްކާތެރިކަން ބޮޑު ކުށުގެ ޢަމަލުތަކެއްގެ ގޮތުގައި ފާހަގަކުރެވިފައިވާ ކުށްތަކެއް[ ކަމަށް ބަޔާންކުރައްވައި، އެ ޤަޟިއްޔާގައި ތުހުމަތުކުރެވިފައިވާ މީހާ މައްސަލައިގެ ޝަރީޢަތް ނިމެންދެން، މިނިސްޓްރީ އޮފް ހޯމް އެފެއާރޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އަމުރު ކުރައްވައި އުޞޫލެއް ކަނޑައަޅުއްވާފައިވާ ކަމަށާއި، އަދި މަނާކުރެވިފައިވާ މަސްތުވާތަކެތީގެ ވިޔަފާރިއާއި އޭގެ ބޭނުންކުރުމުގެ ކުށްތަކަކީ އެ ކުށްތަކުގެ ޒާތާއި ބާވަތުން މުޖުތަމަޢު ގެ ޞުލްޙަ މަސަލަސްކަމާއި އަމަންއަމާންކަމަށް އަދި މުޖުތަމަ ޢަ ށ ބޮޑެތި ގެއްލުންތައް ލިބެމުންދާ ކުށްތަކެއްގެ ގޮތުގައި ބަޔާންކޮށްފައިވާއިރު، ކްރިމިނަލް ކޯޓުގެ މި އަމުރަކީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2011/SC-A/33 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ އުޞޫލުތަކާ ޚިލާފަށް ނެރުއްވާފައިވާ އަމުރެއްކަމަ ށާއި؛

11.7- އެ ހެންކަމުން، ޤާނޫނު ނަންބަރު: 2016/12 )ޖިނާއީ އިޖުރާއަތުގެ ޤާނޫނު( ގެ 60ވަނަ މާއްދާގެ )ޅ( ގައި ބަޔާންކުރާ އިޚްތިޔާރުގެ ބޭނުންކޮށް ނައި ރ ނުނ ސ ޑިސްސޫޒާ ކަސްޓޯޑިއަލް ޖަލެއްގައި ބަންދުކުރަ ންޖެހޭކަމަށް ދައުލަތުން ބުނެފައިވެއެވެ . 12- އިސްތިއުނާފު ކުރެވިފައިވާ ކްރިމިނަލް ކޯޓުގެ ނަންބަރު 145-J/MA/2021/2486 ކޯޓު އަމުރާ ގުޅިގެން، ބްރެޒިލުގެ ރައްޔިތެއްކަމުގައިވާ ނައިރު ނުނެސް ޑިސްސޫޒާ ގެ މައްޗަށް ދައުލަތު ން ތުހުމަތުކުރަނީ، 02 ނޮވެންބަރު 2021 ގައި ނައިރު ނުނެސް ޑިސްސޫޒާއާއެކު ދިވެހިރާއްޖެއަށް ދަތުރުކުރި ކްރިސްޓިއާނޯ ސިލްވާ ރޮޑްރިޖް ޖޫނިއާގެ ލަގެޖްގެ ތެރެއިން 15 ޕެކްޓް އެކުލެވޭހެން އެއްކޮށް ޓޭޕްއަޅާފައިހުރި ޖުމްލަ ބަރުދަނުގައި ޕެކިނާއެކު 18.875 ކިލޯގްރާމް ކޮކެއިން އެކުލެވޭ މަސްތުވާތަކެތި ފެނިފައިވާތީ، މައްސަލައިގައި ތުހުމަތުކުރެވޭ ކްރިސްޓިއާނޯ ސިލްވާ ރޮޑްރިޖް ޖޫނިއަރއާ އެކީ އިސްތިއުނާފު ރައްދުވާ ފަރާތް ދަތުރުކޮ ށްފައިވާތީއާއި، އަދި ނައިރު ނުނޭސް ޑިސްސޫޒާގެ ނަމުގައި ޗެކްއިން ކޮށްފައިވާ ލަގެޖުގައި ކްރިސްޓިއާނޯ ސިލްވާ ރޮޑްރިޖް ޖޫނިއަރގެ އަންނައުނު ފެނިފައި ވާތީ، މި ދެ މީހެން ގެ ފޮށިތަންމަތި ބަންދުކުރުމުގެ ކުރިންވެސް އެކަކު އަނެކަކާއެކު ޙަ ރަކާތްތެރި ވެފައިވާކަމާއި، އަތްދަބަސް ބަންދުކުރީ އެކުގައިކަން މި ދެ މީހުންގެ އަންނައުނު ހުރި ލަގެޖް އިން ދައކުވައިދް ތ، އިސްތިއުނާފު ރައްދުވާ ފަރާތަކީ ވެސް، މި ކުށުގެ މައްޗަށް ތުހުމަތުކުރެވޭ މީހެއްކަމަށް ދެކިގެންނެވެ . އިސްތިއުނާފު ރައްދުވާ ފަރާތުގެ ބަންދުގެ މުއްދަތު އިތުރުކުރުން : 13- އިސްތިއުނާފު ރައްދުވާ ނައިރު ނުނެސް ޑިސްސޫޒާ ގެ މައްޗަށް ތުހުމަތު ކުރެވުނު އިސްވެ ބަޔާންކުރެވުނު މައްސަލައިގައި އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ 2021 ނޮވެންބަރު 02ވަނަ ދުވަހު އެވެ . އަދި އެފަރާތުގެ ބަންދުގެ މުއްދަތު އ ތ ރުކރެވިފައިވަނު އަންނަނިވި ގޮތުގެ މަތިންނެވެ . .131- ފުރަތަމަ ބަންދު : ނައިރު ނުނެސް ޑިސްސޫޒާގެ ބަންދު ގެ އެންމެ ފުރަތަމަ އިތުރުކޮށް ފައިވަނީ، 2021 ނޮވުނެ ބަރް 03 ގައެވެ . އެއީ، ޖުމްލަ 07 )ހަތެއް ( ދުވަހުގެ މުއްދަތަށެވެ . ބަންދުގައި ބެހެއްޓުމަށް ފަނޑިޔާރު ނިންމި ސަބަބުތަކަކީ، ނައިރު ނުނެސް ޑިސްސޫޒާ އާ އެކު ދަތުރުކުރި އަނެއް ފަރާތުގެ ލަގެޖުން މަސްތުވާތަކެތި ފެނިފައިވާތީ، މައްސަލައާ ގުޅިގެން ހެކި ޤަރީނާ ހޯދުމަށާއި އަދި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49ވަނަ މާއްދާއާއި ޤާނޫނު ނަންބަރު 2016/12 )ޖިނާއީ އިޖުރާއަތުގެ ޤާނޫނު ( ގެ 59ވަނަ މާއްދާއާއި 60ވަނަ މާއްދާއަށް ރިޢާޔަތްކޮށް، މުޖުތަމަޢު ގެ ސަލާމަތާއި ރައްކާ ތެރިކަމަށްޓަކަ އެވެ .

3ކްރިމިނަލް ކޯޓުގެ ނަންބަރު 145-J/MA/2021/2298 ކޯޓު އަމުރު .231- ދެވަނަ ބަންދު : ނައިރު ނުނެސް ޑިސްސޫޒާގެ ބަންދުގެ މުއްދަތު ދެވަނަ ފަހަރަށް އިތުރުކުރެވިފައިވަނީ، 10 ނޮވެންބަރު 2021 ގައެވެ . އެއީވެސް 07 )ހަތެއް ( ދުވަހުގެ މުއްދަތަށެވެ . ބަންދު ގެ މުއްދަތު އިތުރުކުރި ސަބަބަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49ވަނަ މާއްދާއާއި ޤާނޫނު ނަންބަރު 2016/12 )ޖިނާއީ އިޖުރާއަތުގެ ޤާނޫނު ( ގެ 59ވަނަ މާއްދާއާއި 60ވަނަ މާއްދާއަށް ރިޢާޔަތްކޮށް، މުޖުތަމަ ޢގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އަދި ފިލާފާނެކަމަށް ބެލެވޭތީ ކަން އެނގެން އޮވެއެވެ . .331- ތިންވަނަ ބަންދު: ނައިރު ނުނެސް ޑިސްސޫޒާ ގެ ބަންދުގެ މުއްދަތު ތިންވަނަ ފަހަރަށް އިތުރުކުރެވިފައިވަނީ، 17 ނޮވެންބަރު 2021 ގައެވެ . އެއީ، 05 )ފަހެއް ( ދުވަހުގެ މުއްދަތަށެވެ. ބަންދުގެ މުއްދަތު އިތުރުކުރި ސަބަބެއްގެ ގޮތުގައި ބަޔާންކޮށްފައިވަނީ، ޤާނޫނު ނަންބަރު 2016/12 )ޖިނާއީ އިޖުރާއަތުގެ ޤާނޫނު ( ގެ 59ވަނަ މާއްދާއާއި 60ވަނަ މާއްދާއަށް ރިޢާޔަތްކޮށް، މުޖުތަމަޢު ގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކަ އެވެ . .431- ހަތަރުވަނަ ބަންދު: ނައިރު ނުނެސް ޑިސްސޫޒާގެ ބަންދުގެ މުއްދަތު ހަތަރުވަނަ ފަހަރަށް އިތުރުކުރެވިފައިވަނީ، 22 ނޮވެންބަރު 2021 ގައެވެ . އެއީ، 10 )ދިހައެއް ( ދުވަހުގެ މުއްދަތަށެވެ . ބަންދުގެ މުއްދަތު އިތުރުކުރި ސަބަބެއްގެ ގޮތުގައި ބަޔާންކޮށްފައިވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49ވަނަ މާއްދާއާއި ޤާނޫނު ނަންބަރު 2016/12 )ޖިނާއީ އިޖުރާއަތުގެ ޤާނޫނު ( ގެ 59ވަނަ މާއްދާއާއި 60ވަނަ މާއްދާ އަށް ރިޢާޔަތްކޮށް، މުޖުތަމަ ޢގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައެވެ .

4ކްރިމިނަލް ކޯޓުގެ ނަންބަރު 145-J/MA/2021/2328 ކޯޓު އަމުރު

5ކްރިމިނަލް ކޯޓުގެ ނަންބަރު 145-J/MA/2021/2375 ކޯޓު އަމުރު

6ކްރިމިނަލް ކޯޓުގެ ނަންބަރު 145-J/MA/2021/2411 ކޯޓު އަމުރު 14- މަސްތުވާތަކެތި ދިވެހިރާއްޖެއަށް އެތެރެކޮށް އެ ތަކެތި ބޭނުންކޮށް، ގެންގުޅެ އަދި އެ ތަކެތީގެ ވި ޔަފާރިކުރާކަމަށް، އިސްތިއުނާފު ރައްދުވާ ނައިރު ނުނެސް ޑިސްސޫޒާ ގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައި ގައި، އިސްވެ ބަޔާންކުރެވުނު ގޮތުގެ މަތިން ނައިރު ނުނެސް ޑިސްސޫޒާ ގެ ބަންދުގެ މުއްދަތު އިތުރު ކުރަމުންގޮސް، ފަސްވަނަ ފަހަރަށް ބަންދުގެ މުއްދަތު އިތުރުކުރަން، ދިވެހި ފުލުހުންގެ ޚިދުމަތުގެ ނަންބަރު MF/191611 ފޯމުން ކްރިމިނަލް ކޯޓުގައި އެދުނެވެ . 15- ނައިރު ނުނެސް ޑިސްސޫޒާގެ ބަންދުގެ މުއްދަތު 15 )ފަނަރަ ( ދުވަހަށް އިތުރުކުރަން 2021 ޑިސެންބަރު 01 ގެ ތާރީޚުގައި ކްރިމިނަލް ކޯޓަށް ހުށަހެޅި ފޯމުގައި، ނައިރު ނުނެސް ޑިސްސޫޒާ ]އިތުރަށް ބަންދުގައި ބަހައްޓަން ބޭނުންވާ ސަބަބު [ ގެ ގޮތުގައި ބަޔާންކޮށްފައިވަނީ، ]ނައިރު ނުނެސް ޑިސްސޫޒާގެ މައްޗަށް ތުހްމަތުކުރެވިފައިވަނީ، ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެ ތަކެތި ޓްރެފިކު ކުރުމުގެ ކުށް ކަމަށްވެފައި މި ބާވަތުގެ ކުށަކީ ޖިނާއީ އިޖުރާތު ޤާނޫނުގެ 22ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ބޮޑެތި ކުށްތަކުގެ ތެރެއިން ކުށަކަށްވެފައި، މަސްތުވާތަކެތި ޓްރެފިކު ކުރުމުގެ ކުށްތަކަކީ އެ ކުށުގެ ބާވަތުން މުޖުތަމަޢު ގެ ސަލާމަތަށް ނުރައްކާތެރި ކުށުގެ ޢަމަލެއްކަމަށް މަތީކޯޓުތަކުގެ ނިންމުންތަކުން އެނގެން އޮންނާތީ، ނައިރު ނުނެސް ޑިސްސޫޒާ ދޫކޮށްލާފިނަމަ އޭނާގެ ސަބަބުން މުޖުތަމޢަ ގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތި ވެދާނެކަމަށް ފެންނާތީއާއި، މީނާއަކީބިދޭސީއަކަށް ވާތީ މީނާ ދޫކޮށްލައިފިނަމަ ފިލާފާނެކަމަށް ފެންނާތީ ނައިރު ނުނެސް ޑިސްސޫޒާ ބަންދުގައި ބަހައްޓައިދިނުމުގެ އަމުރަކަށް އެދި[ މިފަދައިންނެވެ . 16- އިސްތިއުނާފު ރައްދުވާ ނައިރު ނުނެސް ޑިސްސޫޒާ ގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައި ގައި

04 )ހަތަރެއް ( ކޯޓު އަމުރުގެ ދަށުން، ޖުމްލަ 29 )އޮނަތިރީސް ( ދުވަހު، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ބެލުމުގެ ދަށުގައި މައްސަލައިގެ ތަޙްޤީޤަށް ބަންދުގައި ބެހެއްޓިފައިވެއެވެ . އިސްވެ ބަޔާންކުރެވުނު ގޮތުގެ މަތިން އެ ފަރާތުގެ ބަންދުގެ މުއްދަތު ފަސްވަނަ ފަހަރަށް އިތުރުކުރަން ކޯޓަށް ހުށަހެޅި ފޯމުގައި، މައްސަލައާ ގުޅޭގޮތުން އެހާތަނަށް ލިބިފައިވާ ހެކި ނުވަތަ ޤަރީނާގޮތުގައި އެފޯމުގައި ބަޔާންކޮށްފައިވަނީ، ]މީނާ އާ އެކު ރާއްޖެއައި ކްރިސްޓިއާނޯ ސިލްވާ ރޮޑްރިޖް ޖޫނިއާގެ ނަމުގައި އިން ލަގެޖް ތެރެއިން 15 ޕެކެޓް އެކުލެވޭހެން އެއްކޮށް އެއް ޕެކެޓްގެ ގޮތުގައި ޓޭޕްއަޅާފައިވާ ޖުމްލަ ބަރުދަނުގައި ޕެކި ން ނ އެކު 18.857 ކިލޯގެ މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެހިތަކެއް ފެނިފައިވުން (.) މިތަކެތި ނަގައި ފީލްޑް ޓެސްޓް ކިޓުން ޓެސްޓްކުރުމުން ކޮކެއިން އަށް ޕޮޒިޓިވް ވެފައިވުން (.) ސީނަށް ދިޔަ ފުލުހުން ބުނާ ބުނުން (.) މި ދެމީހުންގެ އަންނައުނު އަޅާފައި ހުރި 1 ލަގެޖްއަށް އަދި މަސްތުވާތަކެތި އަޅާފައި ހުރި ލަގެޖްގައި ހުރީ ހަމަ އެކަނި މަސްތުވާތަކެތިކަން ފާހަގަ ކުރެވިފައިވޭ .[ މިފަދައިންނެވެ . 17- ދިވެހި ފުލުހުންގެ ޚިދުމަތުގެ ނަންބަރު MF/191611 ފޯމުން، އިސްތިއުނާފު ރައްދުވާ ފަރާތު ގެ ބަންދުގެ މުއްދަތު ފަސްވަނަ ފަހަރަށް އިތުރުކުރަން ކްރިމިނަލް ކޯޓަށް ހުށަހެޅި ފޯމާއެކު، ފުލުހުންގެ ފަރާތުން ކޯޓަށް ހުށަހަޅާފައިވާ ]ތަޙްޤީޤުކުރާ ފަރާތުގެ އިޤްރާރު [ ގައި، މައްސަލައާ ގުޅިގެން ކުރަންހުރި ކަންކަން މި ނަންބަރުގެ ދަށުން އެ ފޯމުގައި ބަޔާންކުރެވިފައިވަނީ، ތުހުމަތުކުރެވޭ ކްރިސްޓިއާނޯ ސިލްވާ ރޮޑްރިޖް ޖޫނި އާއާއި ސުވާލުކޮށް ބަޔާން ނެގުމާއި؛ މައްސަލައިގައި ފެނިފައިވާ ތަކެތީގެ ތަޙްލީލު ރިޕޯޓު ހޯދުމާއި؛ ކަސްޓަމްސް އޮފިސަރުންގެ ބަޔާން ނެގުމާއި؛ ސީނަށް ދިޔަ ފުލުހުންގެ ބަޔާން ނިންމުމާއި؛ މައްސަލައިގައި ޕީޖީ އޮފީހާއި މަޝްވަރާކޮށްގޮތެއް ނިންމުން . މިފަދައިން ނުވެ . އިޝާރާތްކުރެވުނު އިޤްރާރު ފޯމުގައި މައްސަލައިގެ ތަޙްޤީޤު ނިން މާ ޕްރޮސިކިއުޓަރ ޖެނެރަލު ގެ އޮފީހަށް މައްސަލަ ފޮނުވޭނެކަމަށް ލަފާކުރެވޭ ތާރީޚު ގެ ގޮތުގައި 17 ޑިސެންބަރު 2021 ޖަހާފައިވާކަން އެނގެން އޮވެއެވެ . 18- މައްސަލައެއް ތަޙުޤީޤުކުރެވެމުންދާއިރުވެސް އަދި ޝަރީޢަތަށް ހުށަހެޅިފައިވާ މަރުޙަލާގައިވެސް، ތަޙުޤީޤުކުރެވޭ ނުވަތަ ދަޢުވާލިބޭ މީހާއަކީ އެ މީހެއްގެ މައްޗަށް ކުށް ސާބިތުވެފައިވާ މީހެއް ނޫނެވެ . އެ މީހަކީ ކުށެއްގެ ތުހުމަތުގައި ހުރި މީހަކަށްވާއިރު، ކުށެއްގެ ތުހުމަތުގައިވާ މީހެއްގެ ބަންދާމެދު ގޮތެއް ނިންމުމުގައި

7ދިވެހި ފުލުހުންގެ ޚިދުމަތުގެ ނަންބަރު MF/191611 ފޯމު ފަނޑިޔާރު ބަލަންޖެހޭނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 49ވަނަ މާއްދާއާއި ޤާނޫނު ނަންބަރު 12/2016 )ޖިނާއީ އިޖުރާއަތުގެ ޤާނޫނު ( 60ވަނަ މާއްދާގެ )ށ( ގެ 1ވަނަ ނަންބަރުން ފެށިގެން 4ވަނަ ނަންބަރުގައި ބަޔާންކޮށްފަ އިވާ ސަބަބުތަކުން ކުރެ ސަބަބެއް އޮތްތޯ އެވެ . އެއިން ސަބަބެއް އޮތްކަން ނުވަތަ ނެތްކަމާމެދު ގޮތެއް ނިންމުމުގެ ބާރު ލިބިދީފައިވަނީ ފނޑިޔާރަށްކަން ޤާނޫނުއަސާސީގެ 48ވަނަ މާއްދާގެ )ރ( އަށާއި 49ވަނަ މާއްދާ އަށް ބެލުމުން އެނގެން އޮވެއެވެ . 19- ޤާނޫނުއަސާސީގެ 49ވަނަ މާއްދާ އާއި ޤާނޫނު ނަންބަރު 12/2016 )ޖިނާއީ އިޖުރާއަތުގެ ޤާނޫނު ( 60ވަނަ މާއްދާ )ށ( އަށް ބަލާއިރު، އެ މީހަކާމެދު ތުހުމަތުކުރެވިފައިވާ މައްސަލައެއްގެ ހެކި ފޮރުވުމަށް ނުވަތަ ހެކިބަސް ދޭން ހުރި މީހަކަށް ނުފޫޒެއް ފޯރުވުމަށް މަސައްކަތްކޮށްފާނެކަމަށް، ނުވަތަ ކޯޓަށް ހާޒިރު ނުވެދާނެކަމަށް، ނުވަތަ ފިލާފާނެކަމަށް، ނުވަތަ ބަންދުން ދޫކޮށްލައިފިނަމަ މުޖްތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ފަނޑިޔާރަށް ފެނިއްޖެނަމަ، އެ މީހަކު ބަންދުގައި ބެހެއްޓުމުގެ އަމުރެއް ނެރުމުގެ ބާރު ފަނޑިޔާރަށް ލިބިގެންވާކަން އެނގެ އެ ވެ . ކުށެއްގެ ތުހުމަތުގައި ބަންދުކޮށްފައިވާ މީހަކު ބަންދުކޮށްފައިވަނީ ޤާނޫނާ އެއްގޮތްވާގޮތުގެ މަތިންކަން ނުވަތަ ނޫންކަން ކޯޓުން ކަނޑައެޅުމުގައި ކުށުގެ ބާވަތަށާއި، ކުށުގެ ކުޑަބޮޑުމިނަށާއި، ކުށްކޮށްފައިވާ ޙާލަތަށާއި، ކުށްކުރުމުގައި އަނިޔާވެރިކަން ހިމެނޭނަމަ އެކަމަށާއި، އޭނާއާ ދެކޮޅަށް ހުށަހެޅިފައިވާ ހެކީގެ ބުރަދަނަށާއި، އޭނާގެ ކުށުގެ ރެކޯޑަށާއި، ކޯޓަށް ހާޒިރުވުމުގައި ވޭތުވެދިޔަ ތާނގައި ޢަމަލުކޮށްފައިވާގޮތަށް ރިޢާޔަތްކުރަންވާނެކަމަށް ޤާނޫނު ނަންބަރު 12/2016 )ޖިނާއީ އިޖުރާއަތުގެ ޤާނޫނު ( 59ވަނަ މާއްދާގައި ބަޔާން ކޮށްފައިވާކަން އެނގެންއޮވެއެވެ . 20- އިސްތިއުނާފު ރައްދުވާ ނައިރު ނުނެސް ޑިސްސޫޒާ 04 )ހަތަރެއް ( ކޯޓު އަމުރެއްގެ ދަށުން، ޖުމްލަ 29 )އޮނަތިރީސް ( ދުވަހު ފުލުހުންގެ ތަޙްޤީޤުގައި ބެހެއްޓިފައިވާއިރު، މައްސަލައިގައި އެ ހިސާބަށް ލިބިފައިވާ ހެކި ޤަރީނާއަށް ބަލާއިރު، ނައިރު ނުނެސް ޑިސްސޫޒާ އެންމެ ފުރަތަމަ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް އެ ފަރާތުގެ ބަންދުގެ މުއްދަތު ފަސްވަނަ ފަހަރަށް އިތުރުކުރަން ކޯޓަށް ހުށަހެޅި އިރުވެސް މައްސަލައި ގައި ލިބިފައިވާ ހެކި ޤަރީނާގެ ގޮތުގައި ފުލުހުންގެ ބަހުން ފެންނަންއޮތީ އެންމެ ފުރަތަމަ ދުވަހުވެސް އެ ފަރާތުގެ މައްޗަށް ފެންނަންހުރި ހެކިތަކާއި ޤަރީނާތަކެވެ . އެއީ، އިސްތިއުނާފު ރައްދުވާ ފަރާތާއެކު ދަތުރުކުރި ފަރާތެއްގެ ލަގެޖުން މަސްތުވާތަކެތި ފެނިފައިވުމާއި، އަދި ދެ މީހުންގެ އަންނައުނު އެއްލަގެޖެއްގައި ހުރުމެވެ . ޖުމްލަ 29 ދުވަސް ފާއިތުވިއިރު ބުނެވިދިޔަ ހެކި ޤަރީނާގެއިތުރު ން، އިތުރު ހެއްކެއް ޤަރީނާއެއް ފުލުހުންނަށް ދެއްކިފައި ނުވެއެވެ . 21- މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރި ފަރާތްކަމުގައިވާ ކްރިސްޓިއާނޯ ސިލްވާ ރޮޑްރިޖް ޖޫނިއާގެ ބަޔާން ތަޙްޤީޤަށް ނެގިފައިނުވާކަމަށާއި އެ ފަރާތުގެ ބަޔާން ނެގުމުން، އިސްތިއުނާފު ރައްދުވާ ނައިރު ނުނެސް ޑިސްސޫޒާ ގެ މައްޗަށް އިތުރު ހެއްކާއި ޤަރީނާ ލިބުން އެކަށީގެންވާ ކަމަށް ދައުލަތުން ބުނާއިރު، އިސްތިއުނާފު ރައްދުވާ ނައިރު ނުނެސް ޑިސްސޫޒާ ގެ އެއްވެސް ދައުރެއް މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރުމުގައި ނެތްކަމަށާއި އަދި މަސްތުވާތަކެތި ފެނުނު ފޮށީގައި މަސްތުވާތަކެތި ހުންނާނެކަން ނައިރު ނުނެސް ޑިސްސޫޒާ އަށް ނޭންގޭނެކަމަށް، މައްސަލައި ގައި ތުހުމަތުކުރެވޭ ކްރިސްޓިއާނޯ ސިލްވާ ރޮޑްރިޖް ޖޫނިއާ ބުނާކަމަށް ނައިރު ނުނެސް ޑިސްސޫ ޒާ ގެ ފަރާތުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ބުނެފައިވެއެވެ . ނައިރު ނުނެސް ޑިސްސޫޒާ ގެ އެ ބުނުމަށް ދައުލަތުގެ ފަރާތުން އިންކާރުކޮށްފައި ނުވެއެވެ . 22- އިސްތިއުނާފކުރެވު ކްރިމިނަލް ކޯޓުގެ ނަންބަރު 145-J/MA/2021/2486 ކޯޓު އަމުރާ ގުޅިގެން، ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ކޯޓަށް ހުށަހެޅި ]ތަޙްޤީޤުކުރާ ފަރާތުގެ އިޤްރާރު[ ގައި، މައްސަލައި ގައި އިތުރަށް ކުރަންހުރި ކަންތަކަށް ބަލާއިރު، އިސްތިއުނާފު ރައްދުވާ ފަރާތް އިތުރަށް ބަންދުގައި ބަހައްޓަންޖެހޭ ސަބަބެއް ފެންނާކަށް ނެތެވެ . ދިވެހި ފުލުހުން ގެ ޚިދުމަތުގެ ނަންބަރު MF/191611 ފޯމުން، އިސްތިއުނާފު ރައްދުވާ ނައިރު ނުނެސް ޑިސްސޫޒާ ގެ ބަންދުގެ މުއްދަތު ފަސްވަނަ ފަހަރަށް އިތުރުކުރަން ކްރިމިނަލް ކޯޓަށް ހުށަހެޅި ފޯމުގައި، އިސްތިއުނާފު ރައްދުވާ ފަރާތް އިތުރަށް ބަންދުގައި ބަހައްޓަން ބޭނުންވާ މުއްދަތުގެ ގތުގައޮ އެދިފައިވަނީ، 15 )ފަނަރަ ( ދުވަހެވެ . ނަމަވެސް، އިސްތިއުނާފު މިކުރެވޭ ޤަޟިއްޔާގައި ދައުލަތުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އެދިފައިވަނީ، އެއްވެސް މުއްދަތެއް ނެތްގޮތަށް އިސްތިއުނާފު ރައްދުވާ ނައިރު ނުނެސް ޑިސްސޫޒާ ފުލުހުންގެ ބަންދުގައި ބެހެއްޓުމަށެވެ. 23- އިސްތިއުނާފު ރައްދުވާ ފަރާތުގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައި ގައި ދަޢުވާކުރުމާއި އަދި ނުކުރުމާމެދުވެސް ދައުލަތުން އަދި މިހާތަނަ ށ ގޮތެއް ނިންމާފައިނުވާ ކަމަށާ އ، އެހެންކަމުން، އިސްތިއުނާފު ރައްދުވާ ނައިރު ނުނ ސ ޑިސްސޫޒާ ފުލުހުންގެ ބަންދުގައި ބެހެއްޓުމަށް އަމުރުކުރުމަކުން އެފަރާތަށް ގެއްލޭނެ ޙައްޤެއް ނެތްކަމަށް ދައުލަތުގެ ފަރާތުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ބުނެފައިވާއިރު، އެއްވެސް ފަރާތެއްގެ މިނިވަންކަން ކިތަންމެ ކުޑަ ވަގުތުކޮޅަކަށް ނަމަވެސް ހިފެހެއްޓު މ އެ ފަރާތުގެ ޙައްޤަށް ލިބޭ އުނިކަމެއް ކަމުގައި ނޫނީ ނުބެލެވޭނެއެވެ . އިސްތިއުނާފު ރައްދުވާ ފަރާތް ފުލުހުންގެ ބަންދަށް ގެންގޮސް ޙާޞިލުކުރަން ބޭނުވާ ނަތީޖާއަކީ ކޮބައިކަން ދައުލަތަށް ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ބުނެދެވިފއިނުވެއެވަ . އަދި ނައިރު ނުނެސް ޑިސްސޫޒާ މައްޗަށް ކުރެވޭ ތުހުމަތުގައި އެ ފަރާތާ މައްސަލާގުޅޭ އިތުރު ތަޙްޤީޤެއްވިޔަސް ހިންގަން ފުލުހުންގެ ފަރާތުން އެދިފައިނުވެއެވެ . ފުލުހުންގެ ތަޙްޤީޤަށް ބޭނުންވާ އެއްބާރުލުން ދޭނެކަމަށް އިސްތިއުނާފު ރައްދުވާ ނައިރު ނުނެސް ޑިސްސޫޒާ ގެ ފަރާތުން ހައިކޯޓުގެ ޝަރީޢަތު ގެ މަޖިލީހުގައި ބުނެފައިވާކަމާއި އަދި އެ ކަމަށް އެ ފަރާތުގެ މޮބައިލް ފޯނުވެސް ފުލުހުން އެދެފިނަމަ ދޭން ތައްޔާރަށް ހުރިކަމަށް ބުނެފައިވާކަން އެނގެން އޮވެއެވެ . 24- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49ވަނަ މާއްދާއާއި ޤާނޫނު ނަންބަރު 2016/12 )ޖިނާއީ އިޖުރާއަތުގެ ޤާނޫނު ( ގެ 59ވަނަ މާއްދާއާއި 60ވަނަ މާއްދާއަށް ރިޢާޔަތްކޮށް، މުޖުތަމަ އ ގެ ސަލާމަ ތއާ ރައްކާތެރިކަމަށްޓަކައި އިސްތިއުނާފު ރައްދުވާ ނައިރު ނުނެސް ޑިސްސޫޒާ ފުލުހުންގެ ބަންދުގައި ބަހައްޓަން ފުލުހުން އެދިފައިވާއިރު، ނައިރު ނުނެސް ޑިސް ސޫޒާދޫކޮށްލައިފިނަމަ ނުވަތަ މުޖްތަމަޢެގެ ތެރެއަށް ދޫވެފައި ހުރެއްޖެނަމަ އ ފަރާތުގެ ކިބައިން މުޖުތަމަޢށަ އޮތް ނުރައްކަލެއް ދައުލަތު ން ބަޔާންކޮށްދޭންޖެހެއެވެ . ހަމައެކަނި މުޖުތަމޢަ ގެ ސަލާމަތާއި ރައްކާތެރިކަމަށް ޓަކައި ކަމަށް ބުނުމަކުން ނުފުދެއެވެ . އިސްވެ އިޝާރާތްކުރެވުނު ޤާނޫނީ މާއްދާތަކާއި، އެއާ ވިދިގެން ޤާނޫނުގައި ބަޔާންކުރެވިފައިވާ މާއްދާތަކަށް ނަޒަރުކުރުމުން، ކުށެއްގެ ތުހުމަތުގައި ބަންދުގައި ބަހައްޓަންޖެހޭ ސަބަބެއްގެ ގޮތުގައި، މުޖުތަމަ ޢގެ ސަލާމަތާއި ރައްކާތެރިކަން ހިމަނާފައިވަނީ، ހަމައެކަނި ކަރުދާހުގައި ލިޔެލާފައި އޮތް ނުވަތަ ދުލުން ބުނެލާ ބުނެލުމަކުން ކުރެވޭ ނުވަތަ ކުރެވެންޖެހޭ ނ ކަމެއްގެ ގޮތުގައެއް ނޫނެވެ . އެއާ ޚިލާފަށް މުއްތަހަމުގެ މައްޗަށް ކުރެވޭ ތުހުމަތާ ގުޅިގެން، އެ ފަރާތް ބަންދުން ދޫކޮށްލައިފިނަމަ، އެ ކަމުގެ ސަބަބުން މުޖުތަމަޢަށް އޮތް ނުރައްކާ އެ ފަރާތުގެ މައްޗަށް ތުހުމަތުކުރެވޭ ކުށާއި އަދި ލިބިފައިވާ ހެކި ޤަރީނާއާ ގުޅުވައިގެން ޝަރީޢަތަށް ފަހުމްވާ މިންވަރަށް ތަފްޞީލުކޮށްދޭން ޖެހޭނެކަމަށް ދެކެ މެވެ . 25- އިސްވެ ބަޔާންކުރެވުނު ކަންތައްތަކަށް ނަޒަރުކުރުމުން، އިސްތިއުނާފު ރައްދުވާ ނައިރު ނުނެސް ޑިސްސޫޒާ ގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައި ގައި އޭނާ އިތުރަށް ބަންދުގައި ބަހައްޓަންޖެހޭ ޝަރުޢީ އަދި ޤާނޫނީ ވިޔަސް ސަބަބެއް ދައުލަތަށް ދެއްކިފައިނުވާތީ، އިސްތިއުނާފުކުރެވިފައިވާ ކްރިމިނަލް ކޯޓުގެ ނަންބަރު 145-J/MA/2021/2486 ކޯޓު އަމުރަށް ބަދަލު ގެންނަންޖެހޭ ސަބަބެއް އޮތްކަމަކަށް ނުފެނެއެވެ .  ޙުކުމް : ދެންފަހެ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ކަންކަން އެގޮތުގެ މަތިން ހުރުމުން، ކްރިމިނަލް ކޯޓުގެ ނަންބަރު 145-J/MA/2021/2486 ކޯޓު އަމުރު ބާޠިލުކަމަށް ކަނޑައެޅެން ނެތްކަމަށާއި، އަދި އިސްތިއުނާފު ރައްދުވާ ނައިރު ނުނެސް ޑިސްސޫޒާ ކަސްޓޯޑިއަލް ޖަލެއްގައި ބަންދުގައި ބެހެއްޓުމަށް ;;.d'";.Jtl""v? r ,.;."" ~ ' v .. ;i' 7 ? DT77 "'() C ?CCC ,. ,. ,. ,. ~ ,. ~VV"m :--.-v..;- i)A;.""V"u' :--.:-~ I".,;"'l u';."" ,."'""""' ~cu';."" c ,. c c ,. 0 ,.,. 0~ ,. c ~c , , 0 , 4! ~ ~~~ :x - ""~./:p c / e:r ~ .. r. ,......,.u-.. .. .,. .:- .<tf"v.... YA.:"A;."" .. 0# eeoc , , , -?- ""o""~[cF."""o~ ,A..;"'l , v-rv, , c:--ACA~I"c.r. c 0 xo ? ? Vc:";.""A;.r"..;"i'/ .-mmV" ..;"~AC~, .:" s-~v~ ;-tf;~vi's- /:.AddS":. .,.;. /".,;-{ u';.""..;"S" /CCC /0 77? //?0 ?0 //0 :;. 0~ , ~07?7 c/C" 7 ~CO? 18 /ZI H<:)H/ l Z:OZ

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

  • ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާ
  • ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 48 ވަނަ މާއްދާގެ (ރ)
  • ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 22 ވަނަ މާއްދާގެ (ކ)
  • ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 59 ވަނަ މާއްދާ
  • ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 60 ވަނަ މާއްދާ
  • މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 143 އަދި 146 ވަނަ މާއްދާ (ކްރިމިނަލް ކޯޓުގެ އަމުރުގައި)
  • ސުޕްރީމް ކޯޓު: މަފްތޫޙް ސަޢީދު ވ. ޕްރޮސިކިއުޓަރ ޖެނެރަލް (ކްރިމިނަލް ކޯޓުގެ އަމުރުގައި)
  • 2020/SC-A/93 (ދައުލަތުން ޙަވާލާދީފައި)
  • 2011/SC-A/33 (ދައުލަތުން ޙަވާލާދީފައި)

ޝަރީޢަތުގެ ވީޑިއޯ

މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.

ޝެއަރ ކުރައްވާ