ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
2021/HC-A-02/005

އެޓޯލް ބެންޑް ޕވޓ ލޓޑ ވ. މޫސާ ޢަބްދުއްރަޙީމް

ދަށުކޯޓުގެ ނިންމުން ބާޠިލު
ސުޕްރީމް ކޯޓަށް އިސްތިއުނާފުކޮށްފައި ނުވޭ · ރަޖިސްޓްރީ ބެލީ 15 އޮކްޓޫބަރު 2026ޙުކުމުގެ ހާލަތު
ހައިކޯޓު · 3 މޭ 2021ދަށު ކޯޓު: ސުޕްރީމް ކޯޓު 2021/SC-A/02ބާވަތް: މަދަނީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
ސުޕްރީމް ކޯޓު 2021/SC-A/02
ފަހުގެ ތާރީޚު
ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް

ކޯ ޓާމްސް

ޚުލާޞާ

ކޯޓަށް އައި ގޮތް
ސުޕްރީމް ކޯޓުން ނިންމީ ސިވިލް ކޯޓުން ޣައިރު ޙާޟިރުގައި ނިންމީ ކޯޓަށް މީހުން ހާޟިރުކުރުމުގެ ގަވާއިދުގެ 28 ވަނަ މާއްދާއާ ޚިލާފަށް އިޢުލާނު ނުކޮށް ކަމަށާއި، ހައިކޯޓުން ދެވަނަ ނުކުތާގެ ދަށުގެ ތިން ނުކުތާއާމެދު ގޮތެއް ނުނިންމާތީ ދެ ޙުކުމް ބާޠިލުކޮށް، ސިވިލް ކޯޓަށް ތަޙުވީލުކުރުމަށް ހައިކޯޓަށް ފޮނުވުމަށެވެ.
ވާޤިޢާ
އެއްބަސްވުމާމެދު ޚިލާފު އުފެދިގެން ސިވިލް ކޯޓުގައި ބެލި 2019/Cv-C/607 މައްސަލައާއި، އެ މައްސަލައިގެ އިސްތިއުނާފު 2019/HC-A/296 ނިމުމުން، އެޓޯލް ބެންޑް ޕްރައިވެޓް ލިމިޓެޑުން ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިއެވެ.
ކޯޓުން ނިންމަން ޖެހުނު ސުވާލު
ސުޕްރީމް ކޯޓުން ހައިކޯޓުގެ ޙުކުމާއި ސިވިލް ކޯޓުގެ ޙުކުމް ބާޠިލުކޮށް، މައްސަލަ ސިވިލް ކޯޓަށް ތަޙުވީލުކުރުމަށް ހައިކޯޓަށް ތަޙުވީލުކުރުމުން، ހައިކޯޓުން އެ މައްސަލައާމެދު ޢަމަލުކުރަންޖެހޭ ގޮތް.
ޚަޞްމުންގެ ހުށަހެޅުންތައް
ހައިކޯޓުގެ އަޑުއެހުމުގައި ދެފަރާތުން ބުނީ ސުޕްރީމް ކޯޓުގެ ނިންމުމާ އެއްގޮތަށް ސިވިލް ކޯޓަށް މައްސަލަ ތަޙުވީލުކުރުމަށް އިޢުތިރާޒު ނުކުރާ ކަމަށެވެ.
ކޯޓުގެ ސަބަބުތައް
ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ ފަދައިން، މައްސަލަ އަލުން ބަލައި ނިންމުމަށް ސިވިލް ކޯޓަށް ތަޙުވީލުކުރަން ޖެހޭ ކަމަށެވެ.

ނިންމުން

ދަށުކޯޓުގެ ނިންމުން ބާޠިލު

އަލުން ބެލުމަށް ސިވިލް ކޯޓަށް ފޮނުވި

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

މަދަނީ › އެއްބަސްވުމާ މެދު ޚިލާފު އުފެދިގެން

HN1 ސުޕްރީމް ކޯޓުން ހައިކޯޓުގެ ޙުކުމާއި ސިވިލް ކޯޓުގެ ޙުކުމް ބާޠިލުކޮށް، މައްސަލަ އަލުން ބެލުމަށް ސިވިލް ކޯޓަށް ތަޙުވީލުކުރުމަށްޓަކައި ޤާނޫނު ނަންބަރު 22/2010 ގެ 18 އަދި 19 ވަނަ މާއްދާގެ ދަށުން ހައިކޯޓަށް ތަޙުވީލުކޮށްފިނަމަ، ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ ފަދައިން މައްސަލަ އަލުން ބަލައި ނިންމުމަށް ހައިކޯޓުން ސިވިލް ކޯޓަށް ތަޙުވީލުކުރަން ޖެހެއެވެ.

ވަކީލުންނާއި ފަނޑިޔާރުން

ވަކީލުން
—
ބެންޗު
ފަނޑިޔާރު ޙަސަން ޝަފީޢު، ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާ، ފަނޑިޔާރު މުޙައްމަދު ފައިޞަލް
ރިޔާސަތު
—
ރައުޔު ލިޔުނު ފަނޑިޔާރު
ފަނޑިޔާރު ޙަސަން ޝަފީޢު · ތާއީދުކުރެއްވީ: ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާ، ފަނޑިޔާރު މުޙައްމަދު ފައިޞަލް
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

ފަނޑިޔާރު ޙަސަން ޝަފީޢުގެ ރައުޔު: (މިރައުޔަށް ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާ އާއި ފަނޑިޔާރު

މުޙައްމަދު ފައިޞަލް ތާއީދުކުރައްވައެވ). މައްސަލައިގެ ތަޢާރަފު:

1މިއީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު A/296-HC/2019 ޤަޟިއްޔާ ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާއި ޚިލާފަށްކަމަށް ބުނެ އެ ޤަޟިއްޔާ އަލުން ބަލައި ދިނުމަށް އެދި އެޓޯލް ބެންޑް ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިލްތިމާސްކޮށ ސުޕްރީމް ކޯޓަށު ހުށަހެޅުން މައްސަލަ އެ ކޯޓުގެ ނަންބަރު A/02-SC/2021 ޤަޟިއްޔާއިން ބައްލަވާ، ސިވިލް ކޯޓުގެ ނަންބަރު -Cv/607 C/2019 ޤަޟިއްޔާއާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު A/296-HC/2019 ޤަޟިއްޔާގެ ޙުކުމް ބާޠިލުކޮށް، އެޓޯލް ބެންޑްގެ ފަރާތުން އިސްތިއުނާފުކުރުމަށް ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅި ފޯމްގައި ބަޔާންކޮށްފައިވާ ދެވަނަ ނުކުތާގެ ދަށުގައި ބަޔާންކޮށްފައިވާ ތިން ނުކުތާ ސިވިލް ކޯޓުގައި އަލުން ބެލުމަށްޓަކައި އެ މައްސަލަ ސިވިލް ކޯޓަށް ތަޙުވީލްކުރުމަށްޓަކައ ޤާނޫނި ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 18 އަދި 19ވަނަ މާއްދާގައިވާ ގޮތުގެމަތިން މި މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓަށް ތޙަ ވީލުކުރުމުނު ދިވެހިރާއްޖޭގެ ހައިކޯޓުން ބލަ ފައިވާ ޤަޟިއްޔާއެކެވެ.

ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓަށް ހުށަހެޅި ދަޢުވާ

2ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓަށް ހުށަހެޅި ދަޢުވާގެ ތައާރަފްގައި ބަޔާންކޮށްފައިވަނީ: "މި މައްސަލައަކީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު A/296-HC/2019 ގަޒިއްޔާ ނިމިފައިވަނީ ގާނޫނާ އެއްގޮތަށް ނޫންކަމަށް ބުނެ އެ ގަޒިއްޔާ އިސްތިއުނާފުކޮށްދިނުނ އެދް އެޓޯލް ބެންޑް ޕްރައިވެޓް ލިމިޓެޑް (ރަޖިސްޓްރޭޝަން ނަންބަރު 0523/2013-C) (މީގެފަހުން "އެޓޯލް ބެންޑް') ގެ ފަރާތުން ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓަށް ހުށަހެޅި މައްސަ ލައެކެވެ. މި ގަޒިއްޔާ އިސްތިއުނާފު ރައްދުވަނީ ފ. ނިލަންދޫ، މަލާޒް، މޫސާ ޢަބްދުއްތަޙިމް (ދިވެހި ރައްޔިތެއްކަން އަންގައިދޭ (މީގެ ފަހުން މޫސާ ޢަބްދުއްރަޙީމް) އަށެވެ. " މިފަދައިންކަން އެނގެން އޮވެއެވެ.

3އަދި އެ ޤަޟިއްޔާގައި ޙުކުމްކޮށްފައިވަނީ: [މަތީގައި ބަޔާންކުރެވުނު ސަބަބުތައް އެގޮތުގެމަތިން ހުރުމާއެކު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރ 0A/296-HC/2019 ގަޒިއްޔާގައި ގޮތެއް ކަނޑައަޅާފައިވަނީ ޣައިރު ހާޒިރުގައި މަދަނީ މައްސަލަތައް ނިންމުމުގެ އިޖުރާއަތާ އެއްގޮތަށް އިއުލާންކުރުމެއ ނެތް ކަމަށި ވާތީ އާއި، އެޓޯލް ބެންޑްގެ ފަރާތުން އިސްތިއުނާފު ކުރުމަށް ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅި ފޯމްގައި ބަޔާންކޮށްފައިވާ ދެވަނަ ނުކުތާގެ ދަށުގައި ބަޔާންކޮށްފައިވާ ތިން ނުކުތާއާމެދު ހައިކޯޓުން ގޮތެއް ކަނޑައަޅާފައިނުވާތީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު -HC/2019 A/296 ގަޒިއްޔާ ހުކުމާއި ސިވިލް ކޯޓުގެ ނަންބަރު C/2019-Cv/607 ގަޒިއްޔާގެ ހުކުމް ބާތިލްކޮށް، އެޓޯލް ބެންޑުގެ ފަރާތުން އިސްތިއުނާފު ކުރުމަށް ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅި ފޯމްގައި ބަޔާންކޮށްފައިވާ ދެވަނަ ނުކުތާގެ ދަށުގައި ބަޔާންކޮށްފައިވާ ތިން ނުކުތާ ސިވިލް ކޯޓުގައި އަލުން ބެލުމަށްޓަކައި އެ މައްސަލަ ސިވިލް ކޯޓަށް ތަހުވީލްކުރުމަށްޓަކައ ޤާނޫނި ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޮތުތަކުގެ ގާނޫނު) ގެ 18 އަދި 19 ވަނަ މާއްދާގައިވާ ގޮތުގެ މަތިން މި މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓަށް ތަހުވީލްކުރުމަށް، ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުގެ މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާގުން ހުކުމްކޮށްފީމެވެ.] މިފަދައިންނެވެ.

ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުން ކަނޑައަޅާފައިވާ ގޮތް

4ސިވިލް ކޯޓުގެ ނަންބަރު C/2019-Cv/607 ގަޟިއްޔާ ސިވިލް ކޯޓުން ނިންމާފައިވަނީ ކޯޓަށް މީހުން ހާޟިރުކުރުމުގައި އަމަލުކުރާނެގޮތުގެ ގަވާއިދުގެ 28ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތާ ޚިލާފަށް ދަޢުވާލިބޭ ފަރާތް ހޯދުމަށް ރޭޑިޔޯއިނ ނުވަތް ޓީވީ އިން ނުވަތަ އެނޫންވެސް ޚަބަރު ފަތުރާ ވަސީލަތަކުން އިއުލާންކުރުމެއް ނެތިކަމަށްވާތީ، ސިވިލް ކޯޓުގެ ނަންބަރު C/2019-Cv/607 ގަޟިއްޔާ ސިވިލް ކޯޓުން ނިންމާފައިވަނީ ކޯޓަށް މީހުން ހާޟިރުކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ 28 ވަނަ މާއްދާއާ ޚިލާފަށްކަން.

5ސިވިލް ކޯޓުގެ ނަންބަރު C/2019-Cv/607 ގަޟިއްޔާގެ ޙުކުމް އިސްތިއުނާފ ކުރުމަށް ދިވެހިރާއްޖޭގު ހައިކޯޓަށް ހުށަހެޅި ދެވަނަ ނުކުތާގެ ތެރޭގައި ހިމެނޭ އެއްވެސް ނުކުތާއެއް މައުލޫއީ ގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު A/296-HC/2019 ގަޟިއްޔާއިން ބަލައި ގޮތެއް ކަނޑައަޅަފައިނުވާކަން.

6އެޓޯލް ބެންޑްގެ ފަރާތުން އިސްތިއުނާފުކުރުމަށް ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅި ފޯމްގައި ބަޔާންކޮށްފައިވާ ދެވަނަ ނުކުތާގެ ދަށުގައި ބަޔާންކޮށްފައިވާ ތިން ނުކުތާއާ މެދު ހައިކޯޓުން ގޮތެއް ކަނޑައަޅާފައިނުވާތީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު A/296-HC/2019 ގަޟިއްޔާގެ ޙުކުމް ބާޠިލްކޮށް، އެޓޯލް ބންޑްގެ ފަރާތެ ނ އިސްތިއުނާފުކުރުމަށް ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅި ފޯމްގައި ބަޔާންކޮށްފައިވާ ދެވަނަ ނުކުތާގެ ދަށުގައި ބަޔާންކޮށްފައިވާ ތިން ނުކުތާ ސިވިލް ކޯޓުގައި އަލުން ބެލުމަށްޓަކައި އެ މައްސަލަ ސިވިލް ކޯޓަށް ތަހުވީލްކުރުމަށްޓަކައ ޤާނޫނި ނަންބަރު 2010/22 (ދިވެހިރާއްޖޭގ ކޯޓުތަކުގެ ޤާނޫނު) ގެ 18 އަދި 19 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ދިވެހިރާއްޖޭގެ ހައިކޯޓަށް ތަހުވީލް ކުރާކަން.

ޝަރީޢަތުން ރިޢާޔަތްކޮށްފައިވާ ކަންކަން

7މި މައްސަލާގައި 03 މެއި 2021 ވަނަ ދުވަހު ދިވެހިރާއްޖޭގެ ހައިކޯޓުގައި ބޭއްވުނު ޝަރީޢަތުގެ މަޖިލީހުގައި އެޓޯލް ބެންޑް ޕްރައިވެޓް ލިމިޓެޑް އަދި ފ. ނިލަންދޫ / މަލާޒް މޫސާ ޢަބްދުއްރަޙީމްގެ ފަރާތުން މި މައްސަލައިގެ ސްޕްރީމް ކޯޓުން ނިންމަވާފައިވާ ނިންމުމާ އެއްގޮތަށް ސިވިލް ކޯޓަށް މައްސަލަ ތަޙްވީލު ކުރުމަށް އިއުތިރާޒު ނކުރާކަމަށު ބުނެފައިވެއެވެ.

8HN1ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު: A/02-SC/2021 ޤަޟިއްޔާއިން މި ކޯޓަށް ތަޙްވީލުކޮށްފައިވާ މައްސަލާގައި، ސިވިލް ކޯޓުގެ ނަންބަރު C/2019-Cv/607 ގަޟިއްޔާ ސިވިލް ކޯޓުން ނިންމާފައިވަނީ ކޯޓަށް މީހުން ހާޟިރުކުރުމުގައި އަމަލުކުރާނެގޮތުގެ ގަވާއިދުގާ 28ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތާ ޚިލާފަށް ޚިލާފަށްކަމަށް ކަމަށް ކަނޑައަޅުއްވައި އަދި އެޓޯލް ބެންޑްގެ ފަރާތުން އިސްތިއުނާފުކުރުމަށް ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅި ފޯމްގައި ބަޔާންކޮށްފައިވާ ދެވަނަ ނުކުތާގެ ދަށުގައި ބަޔާންކޮށްފައިވާ ތިން ނުކުތާއާ މެދު ހައިކޯޓުން ގޮތެއް ކަނޑައަޅާފައިނުވާތީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު A/296-HC/2019 ގަޟއްޔި ހުކުމާއި ސިވިލް ކޯޓުގެ ނަންބަރު C/2019-Cv/607 ގަޟިއްޔާގެ ހުކުމް ބާތިލްކޮށް، އެޓޯލް ބެންޑުގެ ފަރާތުން އިސްތިއުނާފު ކުރުމަށް ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅި ފޯމްގައި ބަޔާންކޮށްފައިވާ ދެވަނަ ނުކުތާގެ ދަށުގައި ބަޔާންކޮށްފައިވާ ތިން ނުކުތާ ސިވިލް ކޯޓުގައި އަލުން ބެލުމަށްޓަކައި އެ މައްސަލަ ސިވިލް ކޯޓަށް ތަހުވީލްކުރުމަށްޓަކައި ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޓޯ ތަކުގެ ގާނޫނު) ގ 18 އަދި 19 ވަނަ މާއްދާގައިވާ ގޮތުގެ މަތިން މި މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓަށް ތަހުވީލްކޮށްފައިވާކަން އެނގެން އޮންނަކަމެވެ.

9ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު A/02-SC/2021 ޤަޟިއްޔާއިން ސިވިލް ކޯޓުގެ ނަންބަރު C/2019-Cv/607 ޤަޟިއްޔއާއާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު A/296-HC/2019 ޤަޟިއްޔާގެ ޙުކުމް ބާޠލުކޮށި އެ މައްސަލަ އަލުން ބެލުމަށް ސިވިލް ކޯޓަށް ތަޙުވީލުކުރުމަށްޓަކައި ދިވެހިރާއްޖޭގެ ހައިކޯޓަށް ތަޙްވީލުކުރުމާއި ގުޅިގެން، ސުޕްރީމް ކޯޓުގެ ނަންބަރު A/02-SC/2021 ޤަޟިއްޔާގައި ކަނޑައަޅަ ފައިވާފަދައިން، އެ މައްސަލަ އަލުންބަލައި އެ މައްސަލާގައި ގޮތެއް ނިންމުމަށް ސިވިލް ކޯޓަށް ތަޙްވީލުކުރަނޖެހޭން ކަމަށް އެ ހުރެން ޤަބޫލުކުރަމެވެ.

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

  • ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 18 އަދި 19 ވަނަ މާއްދާ
  • ކޯޓަށް މީހުން ހާޟިރުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ގަވާއިދުގެ 28 ވަނަ މާއްދާ
  • 2021/SC-A/02
  • 2019/HC-A/296
  • 2019/Cv-C/607

ޝަރީޢަތުގެ ވީޑިއޯ

މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.

ޝެއަރ ކުރައްވާ