ޙަސަން ޝުޖާޢު ވ. ޙަލީމާ ޢަލީ
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- މ. މުލަކު މެޖިސްޓްރޭޓް ކޯޓު K4C-A/2021/03
- ފަހުގެ ތާރީޚު
- ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް
ކޯ ޓާމްސް
ޚުލާޞާ
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ތަރިކަ މައްސަލައެއްގެ ތެރެއިން، އަނެއް ފަރާތުގެ ބަސް ނުހޯދާ ނެރުނު ވަގުތީ އަމުރަކީ ބާޠިލް އަމުރެއްތޯ، އަދި ތަރިކައިގައި ހިމެނޭ ހިނގަމުންދާ ފިހާރައެއް ބަންދުކޮށް ކޯޑަންކުރުމަށް ނެރުނު ވަގުތީ އަމުރަކީ ވަގުތީ އަމުރު ނެރުމުގެ ޝަރުޠުތަކާ އެއްގޮތްވާ އަމުރެއްތޯ.
ނިންމުން
ދަށުކޯޓުގެ ނިންމުން ބާޠިލުދަށުކޯޓުގެ އަމުރު (K4C-A/2021/03) ބާޠިލު، ކުރީގެ އަމުރު (K4C-A/2021/01) ދަމަހައްޓައި އިތުރު ކަންކަން ހިމެނި
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 އަމުރެއްގެ ސުރުޚީގައި 'ކޯޓު އަމުރު' ކަމަށް ލިޔެފައިވިޔަސް، އަމުރުގެ މުޅި ޢިބާރާތުން އެއީ ވަގުތީ އަމުރެއްކަން އެނގޭނަމަ، އިސްތިއުނާފުގައި އެ އަމުރު ބަލާނީ ވަގުތީ އަމުރެއްގެ ގޮތުގައެވެ.
HN2 ޝަރީޢަތް ކުރުމާބެހޭ ގަވާއިދުގައި ވަގުތީ އަމުރަށް އެދޭ ފޯމު އަނެއް ޚަޞްމަށް ފޮނުވަން ޖެހޭކަމަށް ނުވަތަ އޭގެ ޖަވާބު ހޯދަން ޖެހޭކަމަށް ބަޔާންކޮށްފައި ނުވާއިރު، ބައެއް ޙާލަތްތަކުގައި ފޯމު ޙިއްސާކޮށް ޖަވާބު ހޯދައި ނުވަތަ ވަކި އަޑުއެހުމެއް ބާއްވައި، ބައެއް ޙާލަތްތަކުގައި ފޯމުގައިވާ ކަންކަމަށް އެކަނި ބަލައި ގޮތެއް ނިންމުމަކީ މައްސަލައިގެ ޒާތާއި ބާވަތާއި މަޞްލަޙަތަށް ބަލައި ކޯޓުން ކަނޑައަޅާ ކަމެކެވެ؛ އެހެންކަމުން ފޯމު ޙަވާލުނުކޮށް ވާހަކަދެއްކުމުގެ ފުރުޞަތު ނުދީ ނެރުނު ކަމަށް އެކަނި ބަލައި ވަގުތީ އަމުރެއް ބާޠިލް ނުކުރެވޭނެއެވެ.
HN3 ކުރިން ނެރުނު ވަގުތީ އަމުރެއް މުރާޖަޢާކުރުމަކީ ޝަރީޢަތުގެ މަޖިލީހުގައި އެދިގެންވެސް ކުރިއަށް ގެންދެވިދާނެ ކަމެއް ކަމުން، ދެފަރާތަށް ވާހަކަދެއްކުމުގެ ފުރުޞަތު ލިބުނު މަޖިލީހަކަށްފަހު ކުރީގެ އަމުރު މުރާޖަޢާކޮށް ނެރުނު އަމުރެއް އެ ސަބަބުން ބާޠިލެއް ނުވާނެއެވެ.
HN4 ސުޕްރީމް ކޯޓުގެ 2012/SC-A/21 ޤަޟިއްޔާގައިވާ ގޮތުން ވަގުތީ އަމުރު ނެރުމުގެ ޢާންމު ޝަރުޠުތަކަކީ: އެދޭ ފަރާތަށް ޙިމާޔަތް ލިބެންޖެހޭ ޙައްޤެއް އޮތުމުގެ އިޙްތިމާލު ފާޅުވުން (fumus boni juris)، އަމުރު ނުނެރެ ދަޢުވާ ލަސްވެއްޖެނަމަ ނުރައްކަލެއް ކުރިމަތިވުން (periculum in mora)، އަދި އެދޭ ފަރާތަށް އެކަމަށް އެދުމުގެ ޞިފަތު (capacity) ލިބިގެންވުމެވެ.
HN5 ވަގުތީ އަމުރު ނުނެރުމުން ލިބިދާނެ ނުރައްކާ ނުވަތަ ގެއްލުން ވަޒަންކުރަނީ ބެލެންސް އޮފް ކޮންވީނިއަންސް ޓެސްޓުންނެވެ؛ އެއީ އަމުރު ނެރުމާއި ނުނެރުމުގެ ސަބަބުން ބޮޑު ގެއްލުން އުފުލަން ޖެހޭނީ އެދުނު ފަރާތްތޯ ނުވަތަ އަމުރު ރައްދުވާ ފަރާތްތޯ ބެލުމެވެ.
HN6 ތަރިކައިގައި ހިމެނޭ ހިނގަމުންދާ ވިޔަފާރިއެއް ބަންދުކުރުމުން މުދާ ހަލާކުވެ ހުރިހާ ވާރިޘުންނަށް ގެއްލުން ލިބޭނަމަ، ތަޅުއަޅައި ބަންދުކުރުމަށްވުރެ ހުރިހާ ވާރިޘުންގެ މަޞްލަޙަތު ހިމެނޭ ގޮތަށް (ވިޔަފާރި ހިންގުމަށް ހުރަސްނާޅާ، އެދުނު ފަރާތަށް ހިނގާގޮތް ބެލުމުގެ ފުރުޞަތު ދޭ) އަމުރެއް ނެރުމަކީ އެންމެ ރަނގަޅު ގޮތެވެ.
ވަކީލުންނާއި ފަނޑިޔާރުން
- ވަކީލުން
- —
- ބެންޗު
- މުޙައްމަދު ފައިޞަލް، ހާތިފް ޙިލްމީ، ޙަސަން ޝަފީޢު
- ރިޔާސަތު
- —
- ރައުޔު ލިޔުނު ފަނޑިޔާރު
- މުޙައްމަދު ފައިޞަލް · ތާއީދުކުރެއްވީ: ހާތިފް ޙިލްމީ، ޙަސަން ޝަފީޢު
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
ތަޢާރަފު
3މުލަކަތޮޅު މުލަކަ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 3A/2021/0-K4C ކޯޓް އަމުރު ނެރެފައިވގޮތް ޝަރުޢާ އަދި ޤާނޫނީ ހަމަތަކާ އެއްގޮތް ނުވާކަމަށްބުނެ އެ މައްސަލަ އިސްތިއުނާފު ކުރުމަށް އެދި […] ޙަސަން ސުޖާޢުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަ ޅާފައިވެއެވެ. މި ޤަޟިއުޔާގައ އިސްތިއުނާފަ ރައްދުވާ ފަރާތަކީ، […] […] ޙަލީމާ ޢަލީ އެވެ.
ކަންހިނގާފައިވާ ގޮތް
2[…] […] އަލްމަރުޙޫމް ޙުސައިން މޫސާ މަނިކު 32 ޖޫން 3233 ގައި ނިޔައުވުމާއި ގުޅިގެން އެ މަރުޙޫމުގެ ތަރިކައިގެ މައްސަލަ މަރުޙޫމުގެ ވާރިޘުންގެ ތެރެއިން ޙަސަން ސުޖާޢު 23 ޖުލައި 3323 ގައި މުލަކތޮޅަ މުލަކު މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅިއެވެ. އެ މައްސަލަ އެކޯޓުގެ ނަންބަރު 29/K4C/2021 ޤަޟިއްޔާއިން ބަލަމުންދެއެވެ.
3އަލްމަރުޙޫމް ޙުސައިން މޫސާ މަނިކުގެ ތަރިކައިގެ މައްސަލަ ކޯޓަށް ހުށަހަޅާފައިވާއިރު، އެ މައްސަލައިގެ ތެރެއިން މަރުޙޫމުގެ މުދަލުގެ ތެރެއިން ޝަރީޢަތް މެދިވެރިކޮށ ހަމަޖައްސަން ބޭނުންވާ މުދަލާއި ފައިސާގެ ތަފްޞީލުގެ ތެރޭގައި މަރުޙޫމުގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ނަންބަރު 2046/2015-SP "ފެނާ މާރޓް" އެވެ ކިޔާ ފިހާރަ ހިމެނެއެވެ.
4[…] ސޯސަންވިލާ އެވެކިޔާ ބަންޑާރަ ގޯއްޗާއި އެ ގޯތީގައިވާ އެންމެހައި ޢިމާރާތްތަކާ ވަޅުފަދަ ތަންތަނކަ މަރުޙޫމު ހިމެނޭގޮތުން މަރުޙޫމު ނޔައިވިއިރ ހުރު އަނބި ޙަލީމާ ޢަލީއަށް ½ (ދެބައިކުޅަ އެއްބައި) ހިމެނޭގޮތުން އެއްމެދު މުދަލުގ ގޮތުގައެ ޝަރީޢަތުނިދީފައިވާ ތަކެތިކަމްގައި އާއި، އެތަނަށް ޙަލީމާ ޢަލީ ވަނުމަށް ހުރަސްއަޅައި މުދަލުގެ މައްޗަށް މަރުޙޫމުގެ ތިން ދަރިން އަތްގަދަ ކުރަމުންދާކަމަށާއި، "ފެނާ މާރޓް" އާއި އެތަނުގެ މުދަލަކީ މަރުޙޫމުގެ ތަރިކައިގެ ތެރޭގައި ހިމެނޭ ތަކެތި ކަމުގައިވާއިރު، ޙަލީމާ ޢް ލީގޫޙައްޤު ގެއްލޭގޮތަށް މަރުޙޫމުގެ ދަރިން އެތަނުގައި ވިޔަފާރި ކުރާކަމަށާއި، މުދަލަށް އިޙުމާލުވާކަމަށ ބުން ޙަލީމާ ޢަލީގެ ފަރާތުނ 35 ޖުލައި 3233 ގައް އަމުރަކަށް އެދުނެވެ.ޙަލީމާ ޢަލީގެ ފަރާތުނިއެދިފައިވަނީ "އަލްމަރުޙޫމ ޙުސައިން މޫސާމަނޫކު ނިޔައުވުމ ގުޅިގެނާ އެ މަރުޙީމުގ ތަރިކައިގެ މައްސަލެ ވަކް ގޮތަކަށް ނިމެންދެން ނުވަތަ ޝަރެޢަތުނ ފައިޞަލާ ކުރަނިވި ޙުކުމެއް ކުރަންދެން އަލްމަރުޙޫމް ޙުސައިން މޫސާ މަނިކުގެ ތަރިކައިގެ ތުރޭގައ ހިމެނި އެއްވެސް މުދަލް ނ މުޢާމަލާތް ނުކުރުމަށް އަމުރުކޮށްދެއްވުން" މިފަދައިންނެވެ. ނަމަވެސު މުލަކު ތޮޅ މުލަކު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރ K4C/2021/03 "ކޯޓް އަމުރު" އިން ނިންމާފައިވަނީ ޙަލީމާ ޢަލީގެ ފަރާތުން އެދިފައިވާފަދައިން އަމުރެއް ނެރެދެވެން ނެތްކަމަށެވެ .
5ޙަލީމާ ޢަލީގެ ފަރާތުން ނެރެދިނުމަށް އެދުނު އަމުރު ނެރެނުދިނުމުން ދެވަނަ ފަހަރަށް އަމުރެއް ނެރެދިނުމަށް ޙަލީމާ ޢަލީގެ ފަރާތުން 22 އޮގަސްޓް 3233 ގައި އެދުނެވެ. އެ އަމުރުގައި އެދިފައިވަނީ "އަލްމަރުޙޫމ ޙުސައިން މޫސާ މަނިކު ނިޔައުވުމ ގުޅިގެނާ އެ މަރުޙޫމުގެ ތަރިކައިގެ މައްސަލަ ވަކި ގޮތަކަށް ނިމެންދެން ނުވަތަ ޝަރީޢަތުން ފައިޞަލާ ކުރަނިވި ޙުކުމެއް ކުރަންދެން އަލްމަރުޙޫމ ޙުސައިން މޫސާ މަނިކުގެ ތަރިކައިގެ ތެރޭގައި ހިމެނޭ އެއްވެސް މުދަލަކުން މުޢާމަލާތް ނުކުރުމަށް އަމުރުކޮށްދިނުން" މިފަދައިންނެވެ.
6ބުނެވުނު ވަގުތީ އަމުރު ޙަލީމާ ޢަލީ އެދުނުފަދައިން މުލަކަތޮޅު މުލަކު މެޖިސްޓްރޭޓް ކޯޓުން ނެރެދިފައިވެއެވެ. އިސްތިއުނާފު ކުރެވިފައިމިވާ މައްސަލައަކީ ބުނެވުނު ވަގުތީ އަމުރެވެ . މުލަކަތޮޅު މުލަކު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު K4C/2021/03 "އަމުރާމެދު ނިންމުން" މުލަކަތޮޅު މުލަކު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު A/2021/03-K4C "ކޯޓް އަމުރު" މުލަކު މެޖިސްޓްރޭޓް ކޯޓުން ނެރެފައިވާ އަމުރު:
3. މުލަކަތޮޅު މުލަކަ މެޖިސްޓްރޭޓު ކޯޓުގް ނަންބަރު A/2021/03-K4C ކޯޓު އަމުރުގައިވަނީ؛ " ދެންފަހެ، ބުނެވިދިޔަ ކަންކަމުގެ މައްޗަށް ޝަރީޢަތުން ރިޢާޔަތްކޮށް، […] / ސޯސަންވިލާ އަލްމަރުޙޫމް ޙުސައިން މޫސާ މަނިކުގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ ނަންބަރު: 2046/2015-SP ފެނާމާރޓް ފިހާރައާއި، ފެނާމާރޓަށް ނިސްބަތްވާ ގުދަންތަކުގައ ހުރި މުދަލާ ގުޅޭގޮތުން މި އަމުރު ނެރޭ ވަގުތުން ފެށިގެން މި ކޯޓުން ވަކިގޮތެއް އަންގަންދެން ނުވަތަ ހުށަހެޅިފައިވާ ތަރިކައިގެ މައްސަލަ ނިމެންދެން އެއްވެސް ތަޞައްރުފެއް ނުކުރުމަށާއި، އެ މުދާ ބޭނުންކޮށްގެން ނުވަތަ އެއްވެސް މުޢާމަލާތެއް ނުހިނގުމަށާއި، ހިންގައި ނުދިނުމަށް، އަލްމަރުޙޫމް ޙުސައިން މޫސާ މަނިކުގެ ހުރިހާ ވާރިސުންނަށާއި، ކަމާބެހޭ މުއައްސަސާތަކަށާއި މޯލްޑިވްސް ޕޮލިސް ސާރވިސަސްގެ މައްޗަށް އަންގާ އަމުރުކުރަމެވެ. އަދި މި އަމުރު ތަންފީޒުކުރުމުގެ ބޭނުމަށްޓަކައި، ފެނާމާރޓް ފިހާރައާއި، ފިހާރައަށް ނިސްބަތްވާ ގުދަންތައް ބަންދުކޮށް ކޯޑްން (cordon) ކުރުމަށްފަހު އެތަންތަނަށ ވަނުން އެއްވެސް މީހަކަށް މަނާކޮށް، އެތަނުގައި ފައިސާއެއް ހުރިނަމަ އެފައިސާއަކާއި، (މި ވިޔަފާރިއަށް ނިސްބަތްވާ ޗެކްފޮތް ހުރިނަމަ ޗެކްފޮތާއި ކޭޝްކާޑްގެ)، އަދަދު ޙިސާބުކޮށް އެފައިސާ މުލަކު މެޖިސްޓްރޭޓް ކޯޓާ ޙަވާލުކުރުމަށާއި، އެތަންތަނުގެ ތަޅުދަނޑިތައް ހޯދައި (ޑަބަލް ތަޅުދަނޑި ހުރިނަމަ އެ ތަޅުދަނޑިތަކާއި އެކު) މޯލްޑިވްސް ޕޮލިސް ސާރވިސަސް ([…] ޕޮލިސްސްޓޭޝަން)ގ ބެލުމުގެ ދަށަށް ގެންގޮސް މިކޯޓުން ވަކިގޮތެއް އަންގަންދެން، މި ތަޅުދަނޑިތަކަށް ރައްކާތެރިވެ ބަލަހައްޓަމުން ގެންދިޔުމަށް މޯލްޑިވްސް ޕޮލިސް ސާރވިސަސް ([…] ޕޮލިސްސްޓޭޝަން)ގެ މައްޗަށް އަންގާ އަމުރު ކުރަމެވެ." މިފަދައިންނެވެ . މުލަކަތޮޅު މުލަކު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު A/2021/03-K4C "ކޯޓް އަމުރު" ދިވެހިރާއްޖޭގެ ހައިކޯޓުގައި ކުރި އިސްތިއުނާފު
2. މުލަކަތޮޅު މުލަކަ މެޖިސްޓްރޭޓު ކޯޓުގް ނަންބަރު A/2021/03-K4C އަމުރު ނެރެފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ ޚިލާފަށް ކަމަށް ބުނެ، ޙަސަން ސުޖާޢުގެ ފަރާތުން 23 (ދޭއް) ނުކުތއެއާ ހުށަހަޅާފައިވެއެވެ. އެއީ؛
2.3- އިސްތިއުނާފު ކުރާ ފަރާތުގެ އެއްވެސް ބަހެއް ހޯދުމަކާ ނުލައި، ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނއަސާސީގު 13 ވަނަ މާއްދާގެ (ހ) އަދި (ށ) ގައި ކަނޑައަޅާފައިވާ ދުސްތޫރީ ޙައްޤނު އިސްތިއުނާފު ކުރާ ފަރާތްތައް މަޙްރޫމްވެގެންދާ ގޮތަށް، އަދި އިސްތިއުނާފު ކުރާ ފަރާތުގެ "ޙައްޤުލް އިސްތިމާޢު" ގެ ޙައްޤު ގެއްލިގެންދާ ގޮތަށް "ކޯޓު އަމުރު" ނެރެފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ އަދި،
2.3- ކޯޓު އަމުރު (ވަގުތީ އަމުރު) ނެރެދިނުމުގައި ބަލާ ކަންކަމުގެ ތެރެއިން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2017/HC-A/100 ޤަޟިއްޔާ ގައި ބަޔާންކޮށްފައިވާ އުޞޫލަށް ރިޢާޔަތް ކޮށްފައި ނުވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ. އިސްތިއުނާފީ ނުކުތާތަކާ ގުޅޭގޮތުން ދެފަރާތުން ފާހަގަކުރި ކަންކަން
3. އިސްތިއުނާފު ކުރާ ފަރާތުގެ އެއްވެސް ބަހެއް ހޯދުމަކާ ނުލައި، ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނއަސާސީގު 13 ވަނަ މާއްދާގެ (ހ) އަދި (ށ) ގައި ކަނޑައަޅާފައިވާ ދުސްތޫރީ ޙައްޤުން އސްތިއުނާފި ކުރު ފަރާތްތައް މަޙްރޫމްވެގެންދާ ގޮތަށް، އަދި އިސްތިއުނާފު ކުރާ ފަރާތުގެ "ޙައްޤުލް އިސްތިމާޢު" ގެ ޙައްޤު ގެއްލިގންދެ ގޮތަށް "ކޯޓު އަމުރު" ނެރެފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާގެ ތަފްސީލުގައި އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވަނީ މުލަކތޮޅަ މުލަކު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 29/K4C/2021 ޤަޟިއްޔާގެ ގޮތުގައި ބަލަމުންދާ ތަރިކަ މައްސަލައިގެ އަޑުއެހުންތައް ބޭއްވިފައިވާއިރު އެއިން އެއްވެސް އަޑުއެހުމެއްގައި މިހާރު އިސްތިއުނާފު ކުރެވިފައިވާ އަމުރާއި ގުޅިގެން އެއްވެސް މިންވަރަކަށް ވާހަކަ ދައްކާފައިނުވާކަމަށާއި، އަމުރަކަށް އެދި ހުށަހެޅިކަންވެސް އެނގިފައިނުވާކަމަށެވެ. އަދި ކޯޓަކުން ނެރޭ ކޮންމެ އަމުރެއް ނުވަތަ ނިންމާ ކޮންމެ ނ ންމުމެއްގެ ކުރިއަށް ޚަސްމުންނަށް ލިބޭ ޙައްޤުތައް އެފަދައިން ލިބިދީފައިވާކަން ގެރެންޓީ ކުރުމަކީ ކޯޓުގ ޒިންމާއެއް ކަމަށާއި އެ ޙައްޤުތައް ދިނުމަކާ ނުލައި ނިންމޭ ކޮންމެ ނިންމުމަކީ ޤާނޫނުއަސާސީގަ13 ވަނަ މާއްދާގެ (ހ) އަދި (ށ) އާ ފުށުއަރާ ގޮތަށް ނިންމޭ ނިންމުމއްކަމުގައ ދެކި ކަމަށެވެ.
32ބުނެވުނު ނުކުތާއަށް ރައްދު ދެމުން އިސްތިއުނާފު ރައްދުވާ ފަރާތުން ބުނެފައިވަނީ މުލަކަތޮޅު މުލަކަ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 29/K4C/2021 ޤަޟިއްޔާ ބަލަމުންދިޔަ އިރު އިސްތިއުނާފު ރައްދުވާ ފަރާތުން ކުރިންވެސް ދެ ފަހަރެއްގެ މަތިން އަމުރަކަށް އެދި، ދެ އަމުރު ނެރެފައިވާކަމާއި އެ އަމުރުތަކާއި ގުޅިގެންވެސް އިސްތިއުނާފު ކުރާ ފަރާތުން ވާހަކަދައްކާފައިވާކަމަށެވެ. އަދި މިހާރު އިސްތިއުނާފު ކޮށްފައިވާ އަމުރާއި ގުޅިގެންވެސް ޝަރީޢަތުގައި ދިގު ބަހުޘް ތަކެއް ކޮށްފައިވާކަމަށެވެ. އެހެންކަމުން އިސްތިއުނާފުކުރާ ފަރާތުގެ އެއްވެސް ބަހެއް ހޯދުމަކާ ނުލައި އަމުރު ނެރެފައިވާކަމަށް ބުނާ ބުނު މަކީ ރަނގަޅު ވާހަކައެއް ނޫންކަމަށާއި، އިސްތިއުނާފު ކުރާ ފަރާތުން ހުރިހާ އަމުރެއްގައިވެސް ޝަރީޢަތުގެ މަޖިލީހުގައި ބަހުޘްކޮށް ވާހަކަ ދެއްކުމުގެ ފުރުސަތު ދީފައިވާކަމަށެވެ.
33ކޯޓު އަމުރު (ވަގުތީ އަމުރު) ނެރެދިނުމުގައި ބަލާ ކަންކަމުގެ ތެރެއިން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2017/HC-A/100 ޤަޟިއްޔާ ގައި ބަޔާންކޮށްފައިވާ އުޞޫލަށް ރިޢާޔަތް ކޮށްފައި ނުވާކަމަށް ބުނެ ހުށަހެޅި ނުކުތާގެ ތަފްޞީލުގައި އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވަނީ އިސްތިއުނާފު ކުރެވިފައިވާ އަމުރުގެ ސުރުޚާ ގައީ "ކޯޓު އަމުރު" މިފަދައިން ބަޔާންކޮށްފައިވީނަމަވެސް، އެ އަމުރަކީ ވަގުތީ އަމުރު ނެރުމުގެ އިޖުރާއަތުތަކުގެ ތެރެއިން ނެރުމަށް ކޯޓުން މަސައްކަތްކޮށްފައިވާ އަމުރެއްކަން އެ އަމުރުގެ އިބާރާތްތަކުން ދޭހަވާކަމަށެވެ. އެގޮތުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2017/HC-A/100 ޤަޟިއްޔާ ގައި ބަޔާންކޮށްފައިވާ Balance of Hardships ގެ އުޞޫލަށް ރިޢާޔަތްކުރާއިރު، މި މައްސަލައިގައި ވަގުތީ އަމުރެއް ނެރެފިނަމަ ޙިމާޔަތް ކުރެވޭ ކަމަށް އިސްތިއުނާފު ރައްދުވާ ފަރާތުން ބަޔާންކުރާ އެފަރާތުގެ މަސްލަޙަތަށް ވުރެ، އެ އަމުރު ނެރަމުގު ސަބަބުން އިސްތިއުނާފު ކުރާ ފަރާތާއެކު އެހެން ވާރިސުންނަށް ލިބޭ ގެއްލުން ބޮޑުކަން ނުވަތަ އ އެންމެހާ ފަރާތްތަކުގެ ގެއްލޭ މަސްލަޙަތު ބޮޑު ކަމަށް ފާހަގަކުރެވޭކަމަށެވެ.
33. ބުނެވުނު ނުކުތާއަށް ރައްދު ދެމުން އިސްތިއުނާފު ރައްދުވާ ފަރާތުން ބުނެފައިވަނީ އަމުރު ނެރުމުގެ ސަބަބުން އިސްތިއުނާފު ކުރާ ފަރާތާއި އެހެން ވާރިޡުންނަށ ލިބް ގެއްލުން ބޮޑުކަން ފާހަގަކޮށްފައިވާއިރު، ވޭތުދިޔަ 5 މަސް ދުވަހުގައި "ފެނާ މާރޓް" ގައި ހުރި މުދަލަށާއި ލިބުނު ފައިސާއަށް ވީނުވީއެއް އިސްތިއުނާފު ރައްދުވް ފަރާތަށް އެނގިފައިނުވާކަމަށާއި ފިހާރައިގެ އެއްވެސް ހިސާބެއް އިސްތިއުނާފު ރައްދުވާ ފަރާތަށް އަދި ޝަރީޢަތަށްވެސް ޙިއްސާ ކޮށްފައި ނުވާކަމަށެވެ. ޝަރީޢަތަށް ފާހަގަކުރެވުނު ކަންކަން އަމުރަށް އެދުމާއި އަމުރު ނެރުން
32. އިސްތިއުނާފު ކުރެވިފައމި ވި މުލަކަތޮޅު މުލަ ކ މެޖިސްޓްރޭޓު ކޯޓުގް ނަންބަރު 3A/2021/0-K4C އަމުރުގެ ސުރުޚީގައި "ކޯޓް އަމުރު" މިފަދައިން ލިޔެފައިވީނަމަވެސް އެ އަމުރުގެ މުޅި އިބާރާތަށް ބެލުމުން އެ އަމުރަކީ ވަގުތީ އަމުރެއް ކަން އެނގެންއޮންނަކަމުން އެ އަމުރު ދިވެހިރާއްޖޭގެ ހައިކޯޓުގައި ބަލާފައިވާނީ ވަގުތީ އަމުރެއްކަމުގައި ބަލައިގެންނެވެ.
31. މުލަކަތޮޅު މުލަކަ މެޖިސްޓްރޭޓު ކޯޓުގް ނަންބަރު 29/K4C/2021 ޤަޟިއްޔާ އެ ކޯޓުން ބަލަމނު ދިޔަ އިރް އިސްތިއުނާފު ރައްދުވާ ފަރާތުން ވަގުތީ އަމުރަކަށް އެދި އެންމެ ފުރަތަމަ ހުށަހަޅާފައިވަނީ 35 ޖުލައި 3233 ގައެވެ. އެ ވަގުތީ އަމުރަށް އެދުނު ފޯމުގައި ވަގުތީ އަމުރަށް އެދޭ ސަބަބު ކަމުގައި ބަޔާންކޮށްފައިވަނީ؛ "މ. މުލައް ސޯސަންވިލާ އެވެ ކިޔާ ބަންޑާރަ ގޯއްޗާއި އެގޯތީގައިވާ އެންމެހައި އިމާރާތްތަކާއި ވަޅުފަދަ ތަންތަނަކީ އަޅުގަނޑު ފިރިމީހާ އަލާމަރުޙޫމ ޙުސައިން މޫސާ މަނިކު ތަރިކައިގެ ތެރޭގައި ހިމެނޭ ތަކެތިކަމަށްވެފައި، ނަމަވެސް މަރްޙޫމް ޙުސައިން މޫސާ މަނިކެ ނިޔާވުމާއި އެކު އެމަރްޙެ މްގެ ވާރިޘުންގެ ތެރެއިން ބަޔަކު އެފަރާތުގެ ގޯއްޗާއި މުދަލުގެ މައްޗަށް ބާރު ފޯރުވާ، މަރްޙޫމް ޙުސައިން މޫސާ މަނިކުގ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ "ފެނާ މާރޓް" ގައި ހުރި އެންމެހައި މުދަލާއި، ގުދަނުގެ ތެރޭގައި ހުރި މުދަލާއި އަދި ގޭގައި ހުރި މުދާތައް ނުއަގުގައ ވިއްކައި އެތަކެތިނ މުޢާމަލާތް ކުރަމުން ގެންދަމުންދާތ އެފަރާތްތަކުގެ މި ޢަމަލު ހުއްޓުމަށްވެދި" މިފަދައިންނެވެ. ބަޔާންވެދިޔަ ފަދައިން ވަގުތީ އަމުރަކަށް އެދުމުން އެދިފައިވާ ފަދައިން ވަގުތީ އމުރެއ ނެރެފައިވާކަން ހުށަހަޅާފައިވް ލިޔުންތަކުން އެނގޭކަށް ނެތެވެ. ހަމައެއާއެކު ބަޔާންވެދިޔަ ސަބަބު ބަޔާންކޮށް ދެވަނަ ފަހަރަށް އިސްތިއުނާފު ރައްދުވާ ފަރާތުން ވަގުތީ އަމުރަކަށް އެދް22 އޮގަސްޓް 3233 ގައަ މުލަކު ތޮޅ މުލަކު މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅިއެވެ. އިސްތިއުނާފު ރައްދުވާ ފަރާތުން ވަގުތީ އަމުރަށް އެދި ހުށަހެޅި ފޯމާއި ގުޅިގެނު މުލަކް ތޮޅ މުލަކު މެޖިސްޓްރޭޓް ކޯޓުން ދެ ނިންމުމެއް ނިންމާފައިވެއެވެ. އެގޮތުން25 އޮގަސްޓް 3233 ގައު "ވަގުތީ އަމުރަށް އެދި ހ ށަހެޅި ހުށަހެޅުމާމެދި ނިންމިގޮތް" އިން ނިންމާފައިވަނީ އިސްތިއުނާފ ރައްދުވާ ފަރާތުން އެދިފައިވާ ގޮތަށް އަމުރު ނެރެދެވެން ނެތްކަމަށެވެ. އެއާ ވިދިގެން22 އޮގަސްޓް 3233 ގައި އެކޯޓުގެ ނަންބަރ A/2021/01-K4C "ކޯޓް ޢަމުރު" އިން އެކޯޓަށް ހުށަހެޅި ހިނގަމުންދާ […] […] އަލްމަރުޙޫމް ޙުސައިން މޫސާމަނިކު ތަރިކައިގެ މައްސަލައިގެ ޙުކުމް ކުރަންދެން އަލްމަރުޙޫމް ޙުސައިން މޫސާމަނިކުގެ ތަރިކައިގައި ހިމެނޭ މުދަލުން މުޢާމަލާތް ކުރަންވާނީ ހުރިހާ ވާރިސުން ޝާމިލުވާ ގޮތަށް ކަމުގައި އަންގައި އަމުރުކޮށްފައިވެއެވެ.
35އިސްތިއުނާފު ކުރެވިފައިމިވާ މުލަކަތޮޅު މުލަކު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 3A/2021/0-K4C އަމުރަކީވެސް އެކޯޓުގެ ނަންބަރު 29/K4C/2021 ޤަޟިއްޔާ ގެ ތެރެއިން ނެރެފައިވާ އަމުރެއްކަން އެނގެންއޮވެއެވެ. ނަމަވެސް އިސްތިއުނާފު ރައްދުވާފަރާތުން 22 އޮގަސްޓް 3233 ގައި ވަގުތީ އަމުރަށް އެދި ހުށަހެޅި ފޯމަށްފަހ އިތުރު އެހެން އެއްވެސް ފޯމެއް ހުށަހަޅާފައިވާކަން އެނގޭކަށްނެތެވެ. ބުނެވުނު އަމުރު ނެރެފައިވަނީ އިސްތިއުނާފު ކުރާ ފަރާތުގެ އެއްވެސް ބަހެއް ހޯދުމަކާ ނުލައި ކަމަށް ބުނެފައިވާކަމުން ދިވެހިރާއްޖޭގެ ހައިކޯޓުން މި އަމުރާއި ގުޅިގެން ކަންހިނގާފައިވާ ގޮތް ސާފުކޮށްދިނުމަށް މުލަކައަތޮޅ މުލަކު މެޖިސްޓްރޭޓް ކޯޓުގައި އެދުމުން އެ ކޯޓުން އަންނަވި ކަންކަން ސާފުކޮށްދީފައިވެއެވެ. މުލަކަތޮޅު މުލަކަ މެޖިސްޓްރޭޓު ކޯޓުގް ނަންބަރު A/2021/03-K4C އަމުރށަ އެދުން ގޮތު އަދި އެދުނު ފޯމު އިސްތިއުނާފު ކުރާ ފަރާތަށް ލިބިފައި ނުވާކަމަށް ބުނާ ބުނުން
36މިކަމއާ ގުޅިގެން މުލަކތޮޅަ މުލަކު މެޖިސްޓްރޭޓް ކޯޓުން ބުނެ ފައިވަނީ އެކޯޓުގެ ނަންބަރު K4C-A/2021/03 އަމުރަކީ އެކޯޓުގެ ނަންބަރު 01A/2021/-K4C އަމުރުގައިވާ ކަންތައްތައް އަލްމަރުޙޫމް ޙުސައިން މޫސާމަނިކުގ ވާރިސުންގެ ތެރެއިން ޙަލީމާ އަލީ ފިޔަވައި ދެންތިބި ވާރިސުން ތަންފީޛު ކުރަމުން ނުދާކަމަށާއ އެކަނި ތަންފީޛް ކޮށްދިނުމަށް އެދި ޙަލީމާ ޢަލީގެ ފަރާތުން ހުށަހަޅާފައިވާ މައްސަލައިގައިވާ ކަންކަމަށް ރިޢާޔަތްކުރުމަށްފަހު، ތަރިކައިގެ މައްޗަށް ކޮންޓްރޯލް އޮތް މަރުޙމުގޫ ދަރިން މުދަލާމެދު ތަޞައްރަފްކުރާ ގޮތަކުން ތަރިކައިގެ ހިމެނޭ ވަކި ފަރާތަކަށް ލިބިދާނެ ގެއްލުމކަށްޓަކައި، އެކޯޓުގެ ނަންބަރު 01A/2021/-K4C ކޯޓް އަމުރު މުރާޖަޢާކުރުމަށްފަހު ނެރެފައިވާ އަމުރެއްކަމަށެވެ. އަދި އެކޯޓުގެ ނަންބަރު A/2021/03-K4C އަމުރު ބިނާކޮށްފައިވަނީ ޙަލީމާ ޢަލީގެ ފަރާތުން 22 އޮގަސްޓް 3233 ގައި ހުށަހެޅި "ވަގުތީ އަމުރަށް އެދޭ ފޯމު" ގެ މައްޗަށް ކަމަށާއި އެ ލިޔުންތައް އިސްތިއުނާފު ކުރާ ފަރާތާއި ޙަވާލުކޮށްފައިވާކަނަ އެކޯޓުގެ ރެކޯޑުތަކުން ފެންނަން ނެތްކަމަށެވެ . ބަޔާންވެދިޔާ އަމުރާއި ގުޅިގެން ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދެއްކުމުގެ ފުރުސަތު އިސްތިއުނާފު ކުރާފަރާތަށް ލިބިފައިނުވާކަމަށް ބުނާ ބުނުން
33. މި ކަމާއި ގުޅިގެން މުލަކައަތޮޅު މުލަކު މެޖިސްޓްރޭޓް ކޯޓުން ބުނެ ފައިވަނީ އެކޯޓުގެ ނަންބަރު A/2021/03-K4C އަމުރު ނެރެމުގެ އެއްދުވަސ ކުރިން (32 ނޮވެންބަރު 3233) ގައި ޝަރީޢަތުގެ މުލަކަ ތޮޅ މުލަކު މެޖިސްޓްރޭޓު ކޯޓުގް ނަންބަރު A/95/2022/1-K4C ސިޓީ މަޖިލިހެއް ބޭއްވި އެހާހިސާބަށ ކަންތައް ހިނގާފައިވާ ގޮތާއި ހިނގަމުން ދާގޮތާމެދު ދެފަރާތުން ވާހަކަދައްކާފައިވާކަމަށާއި، އެ ޝަރީޢަތުގެ މަޖިލިހަކީ އެ މައްސަލަ ކުރިން ބަލަމުނާ ދިޔަ އެކޯޓުގެ އިސްމެޖިސްޓްރޭޓް ބަދަލުވެ އެކޯޓާއި އަލަށް ޙަވާލުވި މެޖިސްޓްރޭޓް ހުރިހާ މައްސަލަތައްވެސް ބަލަމުންދާ އުޞޫލުން ބަލާނެ މައްސަލައެއްކަމަށް ޝަރީޢަތުގައި އިޢުލާންކޮށް މައްސަލައިގެ ކަންހިނގާފައިވާގޮތާމެދ ދެފަރާތުން ބޭނުންވާހަކައެއ ދެއްކުމަށް ފުރުސި ތ ދެވުނު މަޖިލިހެއްކަމަށެވެ. ނަމަވެސް އެ މަޖިލިހަކީ ކުރިން ނެރެފައިވާ އަމުރު މުރާޖަޢާކޮށް އެކަމާ ގުޅޭގޮތުން ގޮތެއް ނިންމުމަށް ބޭއްވި މަޖިލިހެއްކަން އިޢުލާންކޮށްފައި ނުވިނަމަވެސް އެވަގުތު މައްސަލައިގެ ޙާލަތު އޮތްގޮތާއ ގުޅި ގޮތުން ދެފަރާތެ ނ ބޭނުން ވާހަކަތާއް ދެއްކުމުގެ ފުރުސަތު ދީފައިވމަށެވ . ވަގުތީ އަމުރަށް އެދުމުގައި އާއި ވަގުތީ އަމުރާ ގުޅިގެން ވާހަކަ ދެއްކުމަށް ފުރުސަތު ދިނުމުގައި ގެންގުޅޭ އުޞޫލު
32. ވަގުތީ އަމުރަށް އެދުމުގައި އާއި ވަގުތީ އަމުރު ނެރުމުގައި ޢަމަލު ކުރަންޖެހޭ ގޮތް ޝަރީޢަތް ކުރުމާބެހޭ ގަވާއިދު 6 ގެ 335 ވަނަ މާއްދާގައި ބަޔާންކޮށްފައިވެއެވެ. އެގޮތުން އެ މާއްދާގެ 3 އަދި 6 ގައި ބަޔާންކޮށްފައިވަނީ އަންނަވި ފަދައިންނެވެ. ޝަރީޢަތް ކުރުމާބެހޭގވާއިދެ6 ގ 335 ވަނަ މާއްދގު3 ވަނަ ނަންބަރ 3- މަދަނީ ކޯޓަށް ހުށަހެޅޭ މައްސަލައެއްގެ ޝަރީޢަތް ނިމުމުގެ ކ ރިން، އެމައްސަލައެއްގައި ހިމެނޭ ދެފަރާތުންކުރެ ފަރާތަކުން ވަގުތީ އަމުރަކަށް އެދިއްޖެނަމަ ނުވަތަ ވަގުތީ ފިޔަވަޅެއް އަޅައިދިނުމަށް ކޯޓުގައި އެދިއްޖެނަމަ މަދަނީ ކޯޓުގެ އިސްޤާޟީއާއި އެމައްސަލަ ބަލާ ޤާޟިއާއި މަޝްވަރާކުރުމަށްފަހު އެފަދަ އަމުރެއް ނެރެންޖެހޭކަމަށް ނުވަތަ ވަގުތީ ފިޔަވަޅެއް އަޅަންޖެހޭކަމަށް ފެނިއްޖެނަމަ، ވަގުތީ އަމުރެއް ނެރެވިދާނެއެވެ. ނުވަތަ ވަގުތީ ފިޔަވަޅެއް އަޅަންވާނެއެވެ . މ ލަކަތޮޅ މުލަކު މެޖިސްޓްރޭޓު ކޯޓުގް ނަންބަރު A/95/2022/1-K4C ސިޓީ ޝަރީޢަތް ކުރުމާބެހޭ ގަވާއިދު 6 ގެ 335 ވަނަ މާއްދާގެ 3 ވަނަ ނަންބަރު ޝަރީޢަތް ކުރުމާބެހޭގވާއިދ 6 ގެ 335 ވަނަ މާއްދާ ގެ 6 ވަނަ ނަންބަރު 6- ކޯޓަށި ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން އެއްވެސ ފަރާތަކުން މަދަނީ ކޯޓުގެ ވަގުތީ އަމުރަކަށް އެދޭ ހުށަހަޅާނަމަ ހުށަހަޅަންވާނީ ވަގުތީ އަމުރަކަށް އެދޭ ލިޔުމަކުންނެވެ. މި ލިޔުމުގައި މައްސަލައިގެ ތަފްސީލާއި، ވަގުތީ އަމުރަކަށް އެދޭ ސަބަބު ބަޔާންކުރަންވާނެއެވެ. އަދި މި ފަދަ ވަގުތީއަމުރަކަށ ނުވަތް ވަގުތީ ފިޔަވް ޅެއ އަޅައިދިނުމަށް އެއްވެސް ފަރާތަކުން ކޯޓުގައި އެދިއްޖެނަމަ މިގަވާއިދުގެ ދަށުން އެފަދަ އަމުރެއް ވަގުތުން ކުރެވެން އޮތްތޯ ނުވަތަ އެފަދަ ފިޔަވަޅެއް ވަގުތުން އަޅައިދެވެން އޮތްތޯއާއި މި ގަވާއިދުގައި ބުނެފައިވާ ޝަރުޠުތައް އަމުރަކަށް އެދޭ ފަރާތުން ފުރިހަމަކޮށޭ ފައިވޭތޯ ބެލުމަށްފަހު، އެއަމުރެއް ކުރުމަކީ އެމައްސަލައެއްގައި އޮތް އެންމެ އަދުލުވެރި ގޮތްކަމަށް ޤާޟީއަށް ފެނިއްޖެނަމަ ވަގުތުން ކޯޓުގެ އަމުރު ނެރެންވާނެއެވެ. އަދި މިގޮތަށް ނެރޭ އަމުރުގައި އެއަމުރެއްކުރި ސަބަބާއި، އަމުރު ދެމިއޮންނާނެ މުއްދަތު ބަޔާންކުރަންވާނއެވ .
33. އިސްތިއުނާފުކުރެވިފައިވާ މައްސަލައިގައި އިސްތިއުނާފު ކުރާ ފަރާތުގެ މައިގަނޑު ޝަކުވާއަކީ އެފަރާތަށް ވަގުތީ އަމުރަށް އެދި ހުށަހެޅި ފޯމު ޙަވާލުކޮށްފައި ނުވާކަމާއި އެ އަމުރާއި ގުޅިގެން ވާހަކަދައްކަން ފުރުސަތު ނުދޭކަމެވެ. ބަޔާންވެދިޔަ ޝަރީޢަތް ކުރުމާބެހޭ ގވާއިދަ 6 ގެ 335 ވަނަ މާއްދާގައި ވަގުތީ އަމުރާއި ގުޅިގެން އައިސްފައިހުރި މާއްދާތަކަށް ބަލާއިރު އެއިން އެއްވެސް މާއްދާއެއްގައި ވަގުތީ އަމުރަށް އެދޭ ފޯމު މައްސަލައިގެ އެހެން ޚަސްމުންނަށް ފޮނުވަ ންޖެހޭކަމަށް ބަޔާންކޮށްފައިނެތެވެ. އަދި އަމުރަށް އެދޭ ފަރާތުން ނެރެން ބޭނުންވާ އަމުރާ ގުޅިގެން މައްސަލައިގެ އަނެއް ޚަސްމުގެ ޖަވާބެއްވެސް ހޯދަންޖެހޭ ކަމަކަށް ބަޔާންކޮށްފައިނެތެވެ. އެހެންނަމަވެސް ބައެއް މައްސަލަތަކުގައި، އެ މައްސަލައެއްގެ ޝަރީޢަތުގެ މަރުޙަލާ ފެށުމަށްފަހު މައްސަލައިގެ ޚަސްމަކު ވަގުތީ އަމުރަކަށް އެދެފިނަމަ ވަގުތީ އަމުރަށް އެދޭ ފޯމު އަނެއް ޚަސްމަށް ފޮނުވުމާއި، އެ ފޯމަށް ޖަވާބު ހުށަހެޅުމަށް ފުރުސަތު ދެވެއެވެ. ހަމައެއާއެކު އެ މައްސަލައެއްގެ ޒާތާއި ބާވަތަށް ބަލައި ވަކިން ވަގުތީ އަމުރާއި ގުޅޭގޮތުން ވާހަކަދެއްކުމަށް ވަކި އަޑުއެހުމެއް ބާއްވައިގެން ކުރިއަށް ގެންދިއަމަކީވެސް އާންމު އުޞޫލުން ޝަރީޢަތް ކުރުމާބެހޭ ގަވާއިދު 6 ގެ 335 ވަނަ މާއްދާގެ 6 ވަނަ ނަންބަރު ކޯޓުތަކުންޢަމަލ ކުރު ގޮތެކެވެ.އަނެއްބައި ފަހަރު އަޑުއެހުމެއް ބޭއްވުމަކާ ނުލައި އަދި ފޯމު މައްސަލައިގެ އެހެނެ ޚަސްމުންނަށް ޙިއްސާ ކުރުމަކާ ނުލައިވެސް،ވަގުތީ އަމުރަށް އެދި ހުށެހެޅި ފޯމުގައިވާ ކަންކަމުގެ މައްޗަށް ރިޢާޔަތްކޮށް އެ އަމުރާ މެދު ޝަރީޢަތުން ގޮތެއް ނިންމައެވީ . އެކަންކަމަކ ހުށަހެޅް މައްސަލައިގެ ޒާތާއ ބާވަތާއި މަސެލަޙަތަށް ބަލައި ޝަރީޢަތުން ގޮތެއް ކަނޑައެޅިދާނެ ކަންކަމެވެ.
32. މި މައްސަލައަށް ބަލާއިރު، އިސްތިއުނާފު ރައްދުވާ ފަރާތުން ވަގުތީ އަމުރަށް އެދި ހުށަހެޅުމުން މުލަކތޮޅަ މުލަކު މެޖިސްޓްރޭޓް ކޯޓުން ނިންމީ އެ ކޯޓަށް ހުށަހެޅުނު ތަރިކަ މައްސަލަ ނިމެންދެން މަރުޙޫމުގެ ހުރިހާ ވާރިސުން ޝަމިލުވާނހެނެ މަރުޙޫމުގެ މުދަލުން މުޢާމަލާތް ކުރުމަށެވެ. އެއީ އެކޯޓުގެ ނަންބަރު 01A/2021/-K4C ކޯޓު އަމުރެވެ . އެއަށްފަހު އެ ކޯޓު ގެ މެޖިސްޓްރޭޓް ބަދަލުވެ އައު މޖިސްޓްރޭޓެއް އެ މައްސަލަ ބެލުމަށް އައްޔަންކުރެވި އެ މައްސަލަ އަލުން ބެލިއިރު، އެ މައްސަލައިގައި ދެފަރާތުން ފާހަގަކުރނަ ބޭނުންވާ ހުރިހާ ކަމެއް ފާހަގަކުރުމަށް ފުރުސަތު ދެވުނުކަން އެނގެންއޮވެއެވެ. އެގތޮ ނ މިހާރު އިސްތިއުނާފުކޮށްފައމި ވ އަމުރަކާ ބުނެވިދިޔަ މޖިލިހުގައ އިސްތިއުނާފި ރައްދުވަ ފަރާތުން އެ މައްސަލައިގައި ނެރެފައިވާ ކޯޓު އަމުރާމެދު ގުޅި ގެން ހިތްހަމަނުޖެހުން ފާޅުކޮށްފައިވާތީ ކުރިން ނެރުނު އަމުރު މުރާޖަޢާކޮށް ނެރެފައިވާ އަމުރެއްކަން އެނގެންއޮވެއެވެ. އެހެންކަމުން އިސްތިއުނާފު ރައްދުވާ ފަރާތުން އެދުނީ އައު އަމުރެއް ނެރެދިނުމަށް ނޫންކަމުންނާއި، ކުރިން ނެރެފައިވާ އަމުރު މުރާޖަޢާ ކޮށްދނުމަށްކަނި އެނގެންއޮންނަކަމުން އެކަމަކީ ޝަރީޢަތުގައި އެދިގެންވެސ ކުރިއަށް ގެންދެވިދާނެ ކަމެކެވެ. އެހެންކަމުން އިސްތިއުނާފު ކުރާ ފަރާތަށް ވަގުތީ އަމުރަށް އެދި ހުށަހެޅި ފޯމު ޙަވާލުނުކުރުމާއ އަމުރި ގުޅިގެނާ ވާހަކް ދެއްކުމަށް ފުރުސަތު ނުދީ އަމުރު ނެރެފައިވާ ކަމުގެ މައްޗަށް އެކަނި ބަލައި އެއީ ބާޠިލް އަމުރެއް ކަމަށް ކަނޑައަޅާނެ ތަނެއް ނެތެވެ. މުލަކަ ތޮޅ މުލަކު މެޖިސްޓްރޭޓު ކޯޓުގް ނަންބަރު A/95/2022/1-K4C ސިޓީ ވަގުތީ އަމުރު ނެރުމުގައި ރިޢާޔަތްކުރަންޖެހޭ ކަންކަން
33. ވަގުތީ އަމުރު ނެރުމުގައި ބަލަންޖެހޭ ޢާންމު ޝަރުޠުތަކަކީ ކޮބައިކަން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-A/21 ޤަޟިއްޔާގައި ބަޔާންކޮށްފައިވެއެވެ. އެގޮތުން އެ ޝަރުޠުތަކަކީ؛ (i) ވަޤުތީ އަމުރަށް އެދޭ ފަރާތަށް، ޤާނޫނީ ގޮތުން ޙިމާޔަތް ލިބެންޖެހޭ މައުޟޫޢީ ޙައްޤެއް ނުވަތަ ޤާނޫނީ މަރްކަޒެއް އޮތުމުގެ އިޙްތިމާލު ފާޅުކަން ބޮޑު ގޮތެއްގައި ޤާއިމުވެގެންވުން (fumus boni juris) (ii) ވަގުތީ އަމުރު ނެރުމަކާނުލ އަޞްލާ މައުޟޫޢު ދަޢުވީ ލަސްވެގެން ހިނގައްޖެނަމަ ކުރިމަތިވެދާނެ ނުރައްކަލެއް އޮތުން (periculum in mora) (iii) ވަޤުތީ އަމުރަށް އެދޭ ފަރާތަކީ އެފަދަ އަމުރަކަށް އެދުމުގެ "ޞިފަތު" (capacity) ނުވަތަ ޙައިޘިއްޔަތު ޤާނޫނީ ގޮތުން ލިބިގެންވާ ފަރާތެއްކަމުގައި ވުން މިއެވެ.
33. އިސްތިއުނާފު ކުރެވިފައިމިވާ އަމުރުގެ (ނ) ގައި ތިންވަނަކަމެއްގ ގޮތުގައެ ފާހަގަކޮށްފައިވަނީ ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-A/21 ޤަޟިއްޔާގައި ޤާއިމްކށްފައިވޮ އަސާސާ މަޞްދަރުގެ އުޞޫލާއި ޝަރީޢަތްކުރުމާއި ބެހޭގޮތުން ހެދިފައިވާ ގވާއިދަ 6 ގެ 335 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަންތަކާއި އަދާލަތުގެ ހަމަ (އިކިއުޓީ)ގ ގޮތްތަކުގެ މައްޗަށް ބަލައި، އެމައްސަލައިގައި ލިބިފައިވާ ލިޔުންތަކުންނާއި ވާރިސުންގެ ފަރާތުން ދައްކާފައިވާ ވާހަކަތަކަށް ރިޢާޔަތްކުރާއިރު ޙާލަތާއި ވަގުތާއި ސަބަބުގެ މައްޗަށް ޝަރީޢަތުން ނަޘަރުކުރުމުން ވަގުތީ އަމުރެއް ނެރުމުގެ އުންސުރުތައް ފުރިހަމަވާކަމަށެވެ. އަދި އެ އާއި ވިދިގެން ވަގުތީ އަމުރު ނެރެންޖެހޭ ކަމަށް ނިންމާފައިވާ މައިގަނޑު ސަބަބު ކަމުގައި ފާހަގަކޮށްފައިވަނީ މުލކަ ތޮޅަ މުލަކު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 1A/2021/0-K4C ކޯޓް އަމުރުން ހާޞިލުކުރަން ބޭނުންވި ނަތީޖާ ނެކްސްބިޒް ލިމިޓެޑް ވ އެންޓިކޮރަޕްޝަން ކޮމިޝަން ހާސިލްވެފައި ނުވާކަމާއި، މުދަލުގެ އަގުމަގު ކުރުމެއްނެތި، މުދަލުން މުޢާމަލާތް ކުރުމަށް އިތުރަށް ފުރުޞަތު ދެވިއްޖެނަމަ، މައްސަލާގައި ހިމެނޭ ފަރާތެއްގެ ނުވަތަ ފަރާތްތަކެއްގެ ޙައްޤު ގެއްލިގެން ހިނގައިދާނެކަމުގ އިޙްތިމާލު ބޮޑުކަން އެނގެން އޮންނަކަމުންނެވެ.
32. ވަގުތީ އަމުރު ނެރުމަކާ ނުލައި އަސްލު މައުޟޫޢީ ދަޢުވާ ލަސްވެގެން ހިނގައްޖެނަމަ ނުރައްކަލެއް އަދި ގެއްލުމެއް އެއްވެސް ފަރާތަކަށް ލިބުމުގެ އިޙްތިމާލު އޮތްތޯ ބަލާއިރު، މި ނުރައްކާ ނުވަތަ ގެއްލުން ވަޒަން ކުރަނީ ބެލެންސް އޮފް ކޮންވީނިއަންސް ޓެސްޓުންނެވެ. މި ޓެސްޓުގެ ދަށުން ވަގުތީ އަމުރު ނެރުމުގައި، އެ އަމުރެއް ނެރުމާއި ނުނެރުމުގެ ސަބަބުން ކުރިމަތިވާ ގެއްލުން ބޮޑަށް އުފުލާ ތަޙއްމަލްކުރަން ޖެހެނީ ވަގުތަ އަމުރަށް އެދުނު ފަރާތުންތޯ ނުވަތަ ވަގުތީ އަމުރު ރައްދުވާ ފަރާތުންތޯ ބަލަންޖެހެއެވެ.
31. އެގޮތުން ބަލާއިރު އިސްތިއުނާފު ކުރެވިފައިމިވާ އަމުރުން އަލްމަ ރްހޫމ ޙުސައިން މޫސާ މަނިކުގެ ތރިކައިގަ ތެރޭގައި ހިމެނޭ "ފެނާ މާރޓް" އެވެ ކިޔާ ފިހާރަ އިސްތިއުނާފު ރައްދުވާ ފަރާތުން އެދުނުފަދައިން ބަންދުކޮށު ތަނުގެ ތަޅުދަނޑިތައް މޯލްޑްވްސ ޕޮލިސް ސަރވިސަސް ގެ ބެލުމުގެ ދަށަށް ގެންދެވިފައިވާކަން އެނގެންއޮވެއެވެ. ބުނެވިދިޔަ "ފެނާ މާރޓް" އަކީ ހިންގަ ހިނގާ ހުރި ފިހާރައެއްކަމާއި، އެ ފިހާރައިގެ މުދާ ގޭގައި ގުދަންކުރެވިފައިވާކަން ދެފެރާތުގެ ބަހުންވެސ އެނގެންއޮވެއެވެ. އެހެންކަމުން އެ ފިހާރަ ބަންދުކޮށް ބޭނުންނުކުރެވޭނެހެނ އަމުރް ނެރުމުގެ ނަތީޖާއަކީ އެ ފިހާރއަގައި މިވަގުތު ހުރި މުދާތައް ހަލާކުވުމާއި، ގުދަނުގައި ހުރި ފިހާރައިގެ މުދާތަކުގެ ތެރެއިންވެސް ހަލާކުވާ ބާވަތުގެ މުދާ އަވަހަށް ޙަލާކުވެ ނެތިދިއުމާއިއެކު ހިންގަ ހިނގާ ހުރި ފިހާރައެއް އެއްކޮށް ހުއްޓުމަކަށް އައުމެވެ. "ފެނާ މާރޓް"އެވެ ކިޔާ ފިހާރައިގެ އިތުރުން އެ ފިހާރައިގެ ހިމެނޭ މުދަލާއި އެ ފިހާރައިން ވިޔަފާރި ކޮށްގެން އެ ފިހާރައަށް ލިބޭ މަންފާއަކީ ވެސް ޙަޤީޤަތުގައި އަލްމަރުޙޫމް ޙުސައިން މޫސާ މަނިކުގެ ތެރިކައިގެ ތެރޭގައި ހިމެނޭނެ އެއްޗެއެއްސެވެ. އަދި އެއީ ތަރިކަ ބަހާއިރު [2021] SC 28 އެސް.ޕީ.އެޗް ޕްރައިވެޓް ލިމިޓެޑް ވ ޖުމައިރ މެނޭޖްމަންޓް ސަރވިސަސް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑް ހުރިހާ ވާރިސުންނަށް ބައިވެސް އެޅޭނެ އެއްޗެކެވެ. އެހެނޭކަމުނ އެ ފިހާރަ ބަންދުކޮށް އެ ފިހާރައަށް ލިބޭ މަންފާ ހުއްޓުވުމުން އޭގެ ގެއްލުން ދެފަރާތަށްވެސް ކުރާނެއެވެ.
25. އިސްތިއުނާފު ރައްދުވާ ފަރާތުން މުލަކު މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅި ވަގުތީ އަމުރަށް އެދޭ ފޯމުގައި ބަޔާންކޮށްފައިވާ ކަންކަމާއި، ދިވެހިރާއްޖޭގެ ހައިކޯޓުގައި ދައްކާފައިވާ ވާހަކަތަކަށް ރިޢާޔަތްކުރާއިރު އެފަރާތުން ވަގުތީ އަމުރަކަށް އެދި ހުށަހަޅަން ޖެހުނު ސަބަބަކީ އަލްމަރުޙޫމް ޙުސައިން މޫސާ މަނިކުގެ އެހެން ވާރިސުން މަރުޙޫމުގެ މުދަލުން އިސްތިއުނާފު ރައްދުވާ ފަރާތުގެ އެންގުމާ ފެނުމުގެ ބޭރުން މުޢާމލާތްކުރުމާއި، "ފެނާ މާރޓް" އެވެ ކިޔާ ފިހާރައަށް ނުވެއްދުމާއި، އެ ފިހާރައިގެ ހިސާބު ކިބާތ އިސްތިއުނާފު ރައްދުވު ފަރާތަށް ހިއްސާނުކުރާތީކަން އެނގެއެވެ. އެހެންކަމުން "ފެނާ މާރޓް" އަކީ އެ ފިހާރަ ހިންގަ ހިނގާ ހުރި ހިނދަކު އަލްމަރުޙޫމް ޙުސައިން މޫސާ މަނިކުގެ ހުރިހާ ވާރިސުންނަށް އޭގެއިން ފައިދާ ކުރާނެތަނެއް ކަމުގައިވާތީ އ ފިހާރައިގައި ތަޅު އަޅުވައި އެ ފިހާރަ ބޭނުންނުކުރވޭނެހެން އަމުރުކުރުމަށްވުރެ އެކަމުގައި އެންމެންގެ މަސްލަޙަތު ހިމެނޭނެހެނ އަމުރެއް ނެރުން އެއް އެންމެ ރަނގަޅު ގޮތް ކަމަށް އަހުރެން ދެކެމެވެ.
36. އެހެ ންކަމުން އިސްވެ ފާހަގަކުރެވުނު ކަންކަން އެގޮތުގެ މަތިން ހުރުމުން މުލަކަތޮޅު މުލަކު މެޖިސްޓްރޭޓް ކޯޓު ނަންބަރު A/2021/03-K4C އަމުރު ބާޠިލްކޮށް މުލަކތޮޅަ މުލަކު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު K4C-A/2021/01 ކޯޓު އަމުރު ދަމަހައްޓައި އެ އަމުރަށް އަންނަނިވި ކަންކަން އިތުރުކުރަން އަހުރެންނަށް ފެނެއެވެ. އެގޮތުން
36.3 - "ފެނާ މާރޓް" އެވެ ކިޔާ ފިހާރަ ހިންގުމަށް އެއްވެސް ފަރާތަކުން ހުރަސްނޭޅުނ.
36.3- "ފެނާ މާރޓް" އެވެ ކިޔާ ފިހާރައިގެ ކަން ހިނގާ ގޮތް ބެލުމަށްޓަކައި އިސްތިއުނާފު ރައްދުވާ ފަރާތް ނުވަތަ އެފަރާތުނާ އެހެން މީހަކު އައްޔަންކުރުން އަދި "ފެނާ މާރޓް" އެވެ ކިޔާ ފިހާރައަށްއެފަރިތުވަނުމުގައ އިސްތިއުނާފ ކުރާ ފަރާތުން ހުރަސް ނޭޅުމަށް އިސްތިއުނާފު ކުރާ ފަރާތުގެ މައްޗަށް އަމުރުކުރުން.
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ޝަރީޢަތް ކުރުމާބެހޭ ގަވާއިދު 6 ގެ ވަގުތީ އަމުރާބެހޭ މާއްދާ (PDF ގައި '335 ވަނަ މާއްދާ' ގެ 1 ވަނަ އަދި 6 ވަނަ ނަންބަރު)
- ސުޕްރީމް ކޯޓުގެ 2012/SC-A/21 ޤަޟިއްޔާ (ވަގުތީ އަމުރުގެ ޝަރުޠުތައް)
- ސުޕްރީމް ކޯޓުގެ ނެކްސްބިޒް ލިމިޓެޑް ވ. އެންޓިކޮރަޕްޝަން ކޮމިޝަން (ފުޓްނޯޓުގައި)
- ސުޕްރީމް ކޯޓުގެ [2021] SC 28 (އެސް.ޕީ.އެޗް ޕްރައިވެޓް ލިމިޓެޑް ވ. ޖުމައިރާ މެނޭޖްމަންޓް ސަރވިސަސް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑް)
- ހައިކޯޓުގެ 2017/HC-A/100 ޤަޟިއްޔާ (Balance of Hardships - އިސްތިއުނާފުކުރި ފަރާތުން ޙަވާލާދީފައި)
ޝަރީޢަތުގެ ވީޑިއޯ
މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.