ޝަހާ މުޙައްމަދު ޝަފީޤު ވ. ސިވިލް ސަރވިސް ކޮމިޝަން
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- ވަޒީފާއާބެހޭ ޓްރައިބިއުނަލް 200-VTR/IJ/2022/4
- ފަހުގެ ތާރީޚު
- ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް
ކޯ ޓާމްސް
ޚުލާޞާ
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ވަޒީފާއިން ވަކިނުކޮށް ހިފެހެއްޓުމާ ގުޅޭ ޝަކުވާ 6 މަސްދުވަހުގެ މުއްދަތު ފާއިތުވުމަށްފަހު ހުށަހެޅި ކަމަށް ބަލައި ބަލައިނުގަތުމުގައި ލަސްވި ސަބަބަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ރިޢާޔަތްކުރަންޖެހޭތޯއާއި، މައްސަލައިގެ ބައެއް (އުޖޫރައާ ގުޅޭ ޝަކުވާ) ވަކި މައްސަލައެއްގެ ގޮތުގައި 5 ދުވަހުގެ ތެރޭ ހުށަހެޅުމަށް އެންގުން ޞައްޙަތޯ.
ނިންމުން
ދަށުކޯޓުގެ ނިންމުން ބާޠިލުޓްރައިބިއުނަލުގެ އިޖުރާއީ ނިންމުން ބާޠިލު، އަލުން ބެލުމަށް ތަޙްވީލުކުރި
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ގަވާއިދު 2015 ގެ 8 ވަނަ މާއްދާގެ (ހ) ގެ ދަށުން ވަޒީފާއާގުޅޭ މައްސަލައެއް ހުށަހަޅަންވާނީ މައްސަލަ އުފެދުނު ތާރީޚުން ފެށިގެން 6 މަސްދުވަހުގެ ތެރޭގައެވެ؛ އެ މުއްދަތު ފާއިތުވުމަށްފަހު ހުށަހަޅާ މައްސަލައެއްނަމަ ހުށަނޭޅުނު ސަބަބު ބަޔާންކޮށް ހުށަހަޅަންޖެހޭއިރު، އެ ސަބަބަކީ މަޤްބޫލު ސަބަބެއްކަމަށް ފެންނަނަމަ މައްސަލަ ބަލައިގަތުމަކީ (ނ) ގެ ދަށުން ޓްރައިބިއުނަލަށް ލިބިދީފައިވާ އިޚްތިޔާރެކެވެ.
HN2 މައްސަލަ ހުށަހަޅާ ފޯމުގައާއި އިޖުރާއީ އިޢުތިރާޟަށް ދިން ރައްދުގައި ލަސްވި ސަބަބު (މިސާލަކަށް، މައްސަލަ ފުރަތަމަ ސިވިލް ކޯޓަށް ހުށަހެޅުން) ބަޔާންކޮށްފައިވާއިރު، ސަބަބެއް ބަޔާންކޮށްފައި ނުވާކަމަށް ބަލައި މައްސަލަ ބަލައިނުގަތުމަކީ ގަވާއިދުގެ 8 ވަނަ މާއްދާގެ (ނ) އާ އެއްގޮތް ނިންމުމެއް ނޫނެވެ.
HN3 ހުށަހެޅި ސަބަބަކީ މަޤްބޫލު ސަބަބެއްތޯ ޓްރައިބިއުނަލުން ގޮތެއް ނިންމާފައި ނުވާނަމަ، އެކަން ފުރަތަމަ ފަހަރަށް ހައިކޯޓުން ކަނޑައެޅުމަކީ ކުރެވިދާނެ ކަމެއް ނޫނެވެ؛ އެހެންކަމުން މައްސަލަ ޓްރައިބިއުނަލަށް ތަޙްވީލުކުރަންޖެހެއެވެ.
HN4 ތަފާތު ފަރާތްތަކެއް ނުވަތަ ތަފާތު ދަޢުވާތަކެއް ހިމެނޭނަމަ، ނުވަތަ އިންޞާފަށް، މައްސަލަ ހިންގުމުގެ ފަސޭހައަށް ނުވަތަ އޮޅުން ކުޑަކުރުމަށްޓަކައި، މައްސަލައެއްގެ ބައެއް ވަކި މައްސަލައެއްގެ ގޮތުގައި ހުށަހެޅުމަށް ކޯޓަށް ނުވަތަ ޓްރައިބިއުނަލަކަށް އެންގިދާނެއެވެ؛ ބައެއް ދަޢުވާ ބަލައިނުގަނެވޭ ނުވަތަ އިޚްތިޞާޞް ނެތް ޙާލަތުގައި ބާކީ ދަޢުވާތައް ވަކިން ކުރިއަށް ގެންދިއުމަށް އެންގުމަކީ ކޯޓަށް ލިބިދީފައިވާ އިޚްތިޔާރެކެވެ.
HN5 އުޖޫރައާ ގުޅުންހުރި މައްސަލަތައް ޓްރައިބިއުނަލަށް ހުށަހެޅުމަށް ގަވާއިދުގެ 8 ވަނަ މާއްދާގެ (ހ) ގައި ވަކި މުއްދަތެއް ކަނޑައަޅާފައި ނުވާތީ، އެފަދަ މައްސަލައެއް ހުށަހެޅުމަށް 5 ދުވަހުގެ މުއްދަތެއް ކަނޑައެޅުމަކީ ގަވާއިދާ އެއްގޮތް ކަމެއް ނޫނެވެ.
HN6 ފަނޑިޔާރު ދީބާނާޒް ފަހުމީގެ ރައުޔުގައި: ކޯޓުތަކާއި ޓްރައިބިއުނަލްތަކުން މައްސަލަ ބެލުމުގެ ޢާންމު އުޞޫލަކީ އެއް ޚުޞޫމަތަކުން އުފެދޭ ހުރިހާ ޤާނޫނީ ސުވާލުތަކަށް އެއް ޤަޟިއްޔާއެއްގެ ތެރެއިން ޙައްލު ދީ، މައްސަލަ ބައިބައިކޮށް އިތުރު ފޯމުތަކުން ތަކުރާރުކޮށް ހުށަހަޅަންޖެހުން ދުރުކުރުމެވެ.
ވަކީލުންނާއި ފަނޑިޔާރުން
- ވަކީލުން
- —
- ބެންޗު
- މުޙައްމަދު ޝަނީޒް ޢަބްދުﷲ، ފާޠިމަތު ފަރްހީޒާ، ދީބާނާޒް ފަހުމީ
- ރިޔާސަތު
- —
- ރައުޔު ލިޔުނު ފަނޑިޔާރު
- މުޙައްމަދު ޝަނީޒް ޢަބްދުﷲ · ތާއީދުކުރެއްވީ: ފާޠިމަތު ފަރްހީޒާ
- ޚިލާފު ރައުޔު
- ނެތް
- ވަކި ރައުޔު
- ދީބާނާޒް ފަހުމީ
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲ ގެ ރައުޔު
ތަޢާރުފު
1މިއީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2021VTR//08 މައްސަލއިގައަ 17 ފެބުރުވަރީ 2022 ގައި އެޓްރައިބިއުނަލުން ނިންމި ނަންބަރު VTR/IJ/2022/4-200 'އިޖުރާއީ ގޮތުން ނިންމިގޮތް' އިސްތިއުނާފުކުރުމަށް އެދި ގދ. ތިނަދޫ/ ނިއުވޭ، ޝަހ މުޙައްމަދާ ޝަފީޤް (މީގެ ފަހުން "ޝަހާ މުޙައްމަދު ޝަފީޤް" ނުވަތަ "އިސްތިއުނާފުކުރާ ފަރާތް" ކަމަށް މި ރިޕޯޓުގައި ބަޔާންކުރާ) ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ. މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ސިވިލް ސަރވިސް ކޮމިޝަން (މީގެ ފަހުން "ސިވިލ ސަރވިސް ކޮމިޝަން" ނުވަތަ "އިސްތިއުނާފު ރައްދުވާ ފަރާތް" ކަމަށް މި ރިޕޯޓުގައި ބަޔާންކުރާ) އެވެ.
ކަން ހިނގާފައިވާގޮތް
2ޝަހ މުޙައްމަދާ ޝަފީޤަކީ، މިނިސްޓްރީ އޮފް ހެލްތުގެ ދަށުން ގދ. ތިނަދޫގައި ހިންގާ ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލުގައި، 01 ނޮވެންބަރު 2012 ގައި ވަޒީފާއަދކުރަން ފެށި ފަރާތެކެވެ.
3އެހޮސްޕިޓަލުގެ ރެޖިސްޓަރޑް ނަރުހެއްގެ މަޤާމށަ 19 ޖުލައި 2017 ފެށިގެން ޝަހާ މުޙައްމަދު ޝަފީޤު ހަމަޖެހުނެވެ.
4މަތީ ތަޢުލީމު ޙާޞިލުކުރުމުގެ ފުރުޞަތު ޝަހ މުޙައްމަދާ ޝަފީޤަށް ލިބިފައިވާތީ، ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލުގައި އޭނާ އަދާކުރަމުންދިޔަ ވަޒީފާ އެހެން ހޮސްޕިޓަލަކަށ ބަދަލުކުރަން ބޭނުންވާ ދިވެހި ރައްޔިތެއްކަން އަންގައިދޭޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލުން 02 ޖ ން 2019 ތާރީޚުގައި ދޫކޮށްފައިވާ "ވަޒީފާއާދާކުރާކަމުގެ ލިޔުން" ގައި ވަޒީފާ އަދާކުރަން ފެށި ތާރީޚު ކަމަށް ބަޔާންކޮށްފައިވާ ތާރީޚު. އިސްތިއުނާފުކުރާ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅި މައްސަލަ ހުށަހަޅާ ފޯމުގެ 7.1 ގައި 19 ޖުލައި، 2017 ފެށިގެން 21 މާރިޗު 2019 ނިޔަލަށް އަދާކުރަމުންދިޔަ ވަޒީފާއަކީ ރަޖިސްޓަރޑް ނަރުހެއްގެ މަޤާމުކަމަށް ބަޔާންކޮށްފައިވެއެވެ . އިސްތިއުނާފުކުރާ ފަރާތާއި ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލާއ ދެމެދި ހެދިފައިވާ "ދިވެހި ސިވިލް ސަރވިސްގެ ދާއިމީ މުވައްޒަފުންގެ ވަޒީފާގެ އެއްބަސްވުން" ގެ 14 ވަނަ ނަންބަރު ގައި އެއްބަސްވުން ފެށޭ ތާރީޚަކީ 19 ޖުލައި 2017 ކަމަށް ބަޔާންކޮށްފައި. ކަމަށް ބަޔާންކޮށް، އެކަމުގައި ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލުގެ އިއުތިރާޒެއްނެތް ކަމުގެ ލިޔުމެއް ހޯދުމަށް 02 ޖަނަވަރީ 2019 ގައި ޝަހ މުޙައްމަދާ ޝަފީޤުގެ ފަރާތުން ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލުގައި އެދުނެވެ. މި ސިޓީގައި ޝަހ މުޙައްމަދާ ޝަފީޤުގެ ފަރާތުން އެދިފައިވާ ގޮތަށް އެހެން ހޮސްޕިޓަލކަށް ވަޒީފާ ބަދަލުކުރުމާމެދު އެހާ ސްޕިޓަލުގެ އިޢުތރާޒެއޮ ނެތްކަމަށް 17 ޖަނަވަރީ 2019 ގައި ޝަހ މުޙައްމަދާ ޝަފީޤަށް އެ ހޮސްޕިޓަލުން އެންގިއެވެ.
5ދިރިއުޅުމުގެ ކަންތައްތައް ހުރިގޮތުން ދަރިފުޅު ބެލުމަށްޓަކައި ގޭގައި (މާލޭގައި) މަޑުކުރަންޖެހޭތީ، އިތުރަށް ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ވަޒީފާއަދާކުރުމަށް ދަތިވާތީ، 24 މާރިޗު 2019 ދުވަހުން ފެށިގެން އެ ހޮސްޕިޓަލުގެ ވަޒީފާއިން ވަކިކޮށްދިނުމަށާއ އަދި އެ ހޮސްޕިޓަލުގައި ވަޒީފާއަދާކުރި ކަމުގެ ލިޔުމެއް ހޯދުމަށް އެދި ޝަހ މުޙައްމަދާ ޝަފީޤުގެ ފަރާތުން 21 މާރިޗު 2019 ތރީޚުގައާ ލިޔެ ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލަށް ސިޓީ ފޮނުވިއެވެ.
6އޭގެ ތިން ދުވަސް ފަހުން، 24 މާރިޗު 2019 ގައި ޝަހ މުޙައްމަދާ ޝަފީޤު ހުޅުމާލެ ހޮސްޕިޓަލުގައި ވަޒީފާއަދާކުރަން ފެށިއެވެ. އެ ހޮސްޕިޓަލުގެ ވަޒީފާ އަދާކުރަމުން ދަނިކޮށް 02 ޖޫން 2019 ތާރީޚުގައި ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލުގެ ފަރާތުން "ވަޒީފާއދާކުރާކަމުގެ ލިޔުން" މ ނަމުގައި ދޫކުރި ލިޔުމުގައި ޝަހ މުޙައްމަދާ ޝަފީޤަކީ ރެޖިސްޓަރޑް ނ ރުހެއްގެ ވަޒީފާގައި މަސައްކަތްކުރާ އަދި މިހާރުވެސް އެ ވަޒީފާގައި ދެމިހުރި މުވައްޒަފެއްކަމަށް ބަޔާންކޮށްފައިވެއެވެ. އެ ހޮސްޕިޓަލުގެ ވަޒީފާގައި ހޭދަވި މުއްދަތަކީ 01 ނޮވެންބަރު 2012 އިން ފެށިގެން 06 ( ހައެއް ) އަހަރާއި 07 (ހަތެއް) މަސް ކަމަށް އެ ލިޔުމުގއަ 02 ޖަނަވަރީ 2019 ދުވަހު ޝަހާ މުޙައްމަދު ޝަފީޤުގެ ފަރާތުން ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލަށް ފޮނުވި ސިޓީ . ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލުގެ ނަންބަރު 01/HR/2019-ASMH (17 ޖަނަވަރީ 2019) ސިޓީ. ޝަހާ މުޙައްމަދު ޝަފީޤުގެ ފަރާތުން 21 މާރިޗު 2019 ތާރީޚުގައި ލިޔެފައިވާ ސިޓީ ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލަށް އެންޓްރީވި ތާރީޚުކަމަށް ސިޓީގައި ބަޔާންކޮށްފައިވަނީ 20 މާރިޗު 2019 އެވެ . ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ މައްސަލަ ހުށަހަޅާ ފޯމުގެ 7.4 ގައި މިފަދައިން ބަޔާންކޮށްފައި.
7އޭގެފަހުން، 03 ޖޫން 2019 އިން ފެށިގެން 15 ޖޫން 2019 ގެ ނިޔަލަށް ވަޒީފާއަށް ނުނިކުމެ ގޭގައި މަޑުކުރުމަށް ހުޅުމާލެ ހޮސްޕިޓަލުން ޝަހ މުޙައްމަދާ ޝަފީޤަށ އަނގަބަހުން އެންގިއެވެ.
8ޕްރޮބޭޝަނުގ މުއްދަތުގެ ތެރޭގައި ޙާޟިރީއަށް ފަރުވާތެރިނުވާކަން ފާހަގަކުރެވިފައިވާ ކަމަށް ބަޔާންކޮށް 20 ޖޫން 2019 ގައި ހުޅުމާލެ ހޮސްޕިޓަލުން ޝަހ މުޙައްމަދާ ޝަފީޤު ވަޒީފާއިން ވަކިކުރިއެވެ.
9ވަޒީފާއިން ވަކިކުރި ޗިޓު 17 ޖ ން 2019 ގައި ލިބުމުން، 03 ޖޫން 2019 އިން ފެށިގެން 15 ޖޫން 2019 ގެ ނިޔަލަށް ގޭގައި މަޑުކުރަން އަންގާފައިވާ ކަމަށް ބަޔާންކޮށް، އެ މުއްދަތުގައި ވަޒީފާއަށް ނުނިކުމެ ގޭގައި މަޑުކުރުމަށް އެންގި ތަފުސީލު ސަބަބު ލިޔުމުން ހޯދުމަށް ހުޅުމާލެ ހޮސްޕިޓަލުގައި 18 ޖޫން 2019 ގައި އެދުމުން އެ މުއްދަތުގައި ވަޒީފާއަށް ނުނުކުމެ ގޭގައި މަޑުކުރުމަށް އަންގާފައިވަނީ، ވަޒީފާގެ އަޚްލާޤާބެހޭ މައްސަލައެއް ބަލަމުންދާތީ ކަމަށާއި، ޕްރޮބޭޝަން މުއްދަތުގައި ޙާޟިރީ ރަނގަޅު ނ ންކަމަށް ފާހަގަކޮށްފައިވަނީ ގޭގައި މަޑުކުރުމަށް އެންގި މުއްދަތު ނުހިމަނައި ކަމަށް ބަޔާންކޮށް 25 ޖޫން 2019 ގައި ހުޅުމާލެ ހޮސްޕިޓަލުން ޖަވާބު ދިނެވެ.
10ވަޒީފާއިން ވަކިވުމަށް އެދި ފޮނުވި ސިޓީއަށް ޖަވާބު ދެއްވުން އެދި ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލަށް ސިޓީއާއި މެއިލް ފޮނުވި ނަމަވެސް އެ ސިޓީތަކަށް އެ ހޮސްޕިޓަލުން ޖަވާބު ދީފައިނުވާކަމަށް ޝަހ މުޙައްމަދާ ޝަފީޤު ބުނެއެވެ.
11ހުޅުމާލެ ހޮސްޕިޓަލުގެ ވަޒީފާއިން ވަކިކުރިފަހުން އެކި އިދާރާތަކަށް ވަޒީފާތަކަށް ކުރިމަތިލައި އިންޓަވިއު ކުރިނަމަވެސް ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލުގެ ވަޒީފާއިން ވަކިކޮށްދީފައި ނުވުމުގެ ސަބަބުން ޝަހ މުޙައްމަދާ ޝަފީޤަށ ވަޒީފާއެއް ހަމަނުޖެހޭތީ، އެކަމާ ގުޅޭ ޝަކުވާ ހެލްތް މިނިސްޓްރީއާ ހިއުމަންރައިޓްސ ކޮމިޝަން ހިމެނޭހެ ނ އެކް އިދާރާތަކަށް ޝަހ މުޙައްމަދާ ޝަފީޤުގެ ފަރާތުން ހުށަހެޅިއެވެ. އބމ ހުޅުމާލެ ހޮސްޕިޓަލުގެ ނަންބަރު 2019/HMH/018 "ވަޒީފާއިން ވަކިކުރެއްވި ޗިޓް" (17 ޖ ން 2019) ހުޅުމާލެ ހޮސްޕިޓަލުގެ ނަންބަރު HH/MISC/2019/01 (25 ޖ ން 2019) މުވައްޒަފުން ފޮނުވާ ސިޓީގެ ޖަވާބު.
12އެ ގޮތުން، އެ ޝަކުވާ ސިވިލް ސަރވިސް ކޮމިޝަނަށް ހުށަހަޅައި، ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލުގެ ވަޒީފާއިން ވަކިކޮށްދިނުން އެދި 09 ޑިސެންބަރު 2019 ގައި ސިޓީއެއް ފޮނުވިއެވެ. އެސިޓީގެ ޖަވާބުގައި ސިވިލް ސަވިސް ކޮމިޝަނުން 23 ޖަނަވަރީ 2020 ގައި ދިން ޖަވާބުގައި ބުނެފައިވަނީ "ތިޔަފަރާތަކީ ދައުލަތަށް ހިދުމތަކުރުމުގެ ބޮންޑް ހަމަޖެހިފައިވާ މުވައްޒަފަކަށް ނުވާތީ، ބޮންޑުގެ މުއްދަތުން ބާކީއޮތް ދުވަސްތަކަށްވާ ފައިސާ ދައުލަތަށް ދައްކާ ގޮތަށް އިޤުރާރ ކުރުމަށްފަހު ވަޒީފާއިން ވަކިކުރާ ގޮތަށް މިނިސްޓްރީ އޮފް ހެލްތުއިނ ނިންމާފައިވާކަމަށް އެމިނިސްޓްރީން މަޢުލ މާތު ދެއްވާ ފައިވާތީ، ތިޔަ ފަރާތް ވަޒީފާއިން ވަކިކުރުމަށް ވިއުގަ މެދުވެރިކޮށް ކުރިއަށް ގެންދިޔުމަށް އެމިނިސްޓްރީއަށް އަންގާފައިވާކަން ތިޔަފަރާތުގެ މައުލ މާތަށްޓަކައި ދެންނެވީމެވެ". މިފަދައިންނެވެ.
13ވަޒީފާއިން ވަކިނުކޮށް ހިފެހެއްޓުމާއި، ނުރަނގަޅު ނުފޫޒު ފޯރުވައިގެން ވަޒީފާއިން ވަކިކުރުމާއި، ވަޒީފާއިން ވަކިނުކޮށް ހިފެހެއްޓުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް އެދި ޝަހ މުޙައްމަދާ ޝަފީޤގު ފަރާތުން 20 ފެބުރުވަރީ 2020 ގައި ސިވިލް ކޯޓަށް މައްސަލަ ހުށަހެޅިއެވެ. އެ ކޯޓުގެ ނަންބަރު 781/Cv-C/2020 ޤަޟިއްޔާއިން ބެލި އެ މައްސަލައިގައި 09 ޖޫން 2020 ގައި ނިންމީ، ހުށަހެޅި އެ މައުޟޫގައި އެ މައްސަލަ ބެލުމުގެ އިޚްތިސާސް ސިވިލް ކޯޓަށް ލިބިގެން ނުވާކަމަށެވެ.
14ބުނެވިދިޔަ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅި ފަހުން، ޝަހ މުޙައްމަދާ ޝަފީޤު ވަޒީފާއަށް ނެރުމަށް މިނިސްޓްރީ އޮފް ހެލްތުނ އަންގާފައިވާކަމަށް ބަޔާންކޮށް 01 ސެޕްޓެންބަރު 2020 އިން ފެށިގެން ވަޒީފާއަށް ނުކުތުމަށް ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލުން 31 އޮގަސްޓް 2020 ގައި އެންގިއެވެ. އެ އެންގުމާ އެއްގޮތަށް ޝަހ މުޙައްމަދާ ޝަފީޤު ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލުގެ ވަޒީފާއަށް ނިކުމެފައިވެއެވެ.
15ޤާނނ ޚިލާފަށާ ވަޒީފާއިން ވަކިނުކޮށް ހިފެހެއްޓުމާއި، ނުރަނގަޅު ނުފޫޒު ފޯރުވައިގެން ވަޒީފާއިން ވަކިކުރުމާއި، ވަޒީފާއިން ވަކިނުކޮށް ހިފެހެއްޓުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލާއި، މުސާރަ ހޯދުމަށް ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލުން 31 އޮގަސްޓު 2020 ގައި އެންގި "މުވައްޒަފުންނަށް އަންގާ އެންގުން" އެދި 17 ޖަނަވަރީ 2021 ގައި ޝަހ މުޙައްމަދާ ޝަފީޤުގެ ފަރާތުން ސިވިލް ސަރވިސް ކޮމިޝަނަށް ރައްދުވާ ގޮތަށް މައްސަލަ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅިއެވެ. އެމައްސަލައިގައި އެދިފައިވަނީ އަންނަނިވި ފަދައިންނެވެ. " 9.1 މައްސަލަ ހުށަހަޅާފަރާތ ވަޒީފާއިން ވަކިވުމަށް އެދި 24 މާރޗް 2019 ގައި ހުށަހަޅާފައިވާއިރު، އެދުނުގޮތަށް ވަޒީފާއިން ވަކިކޮށްނުދ ހިފެހެއްޓުމަކީ ޤާނ ނާއި ޚިލާފަށް މައްސަލަ ރައްދުވާފަރާތުން ކޮށްފައިވާ ކަމެއްކަމަށް ކަނޑައަޅުއްވައި ދެއްވުން. .29 މައްސަލަ ހުށަހަޅާފަރާތް ހުޅުމާލެ ހޮސްޕިޓަލުގެ ވަޒީފާއިން ވަކިކުރުވުމަށ މައްސަލް ރައްދުވާފަރާތުން ކޮށްފައިވާ މަސައްކަތަކީ ޤާނޫނުއަސާސީއާއި ޤާނ ނާއި، އިންސާނީ ޙައްޤުތަކުގެ ބޭރުން ކޮށްފައިވާ ކަމެއްކަމަށް ކަނޑައަޅުއްވައި ދެއްވުން. .39 މައްސަލަ ރައްދުވާފަރާތުން މައްސަލަ ހުށަހަޅާފަރާތ ވަޒީފާއިން ވަކިނުކޮށް ހިފެހެއްޓުމުގެ ސަބަބުން ސީދާ ގޮތެއްގައި ލިބުނު ގެއްލުމުގެ ބަދަލެއްގެ ގޮތުގައި، ހުޅުމާލެ ހޮސްޕިޓަލުން ވަޒީފާއިން ވަކިކުރި ދުވަސްކަމުގައިވާ 20 ޖ ން 2019 އިން ފެށިގެން، 01 ސެޕްޓެމްބަރ 0202 އާ ހަމައަށް ހިނގައިދިޔަ 01 (އެކެއް) އަހަރާއި 02 (ދޭއް) މަސްދުވަހާއި، 11 (އެގާރަ) ދުވަހަށް ކޮންމެ މަހަކަށް މުސާރައިގެ ގޮތުގައި ޤަވާއިދުން ހުރިހާ ދުވަހަކު ވަޒީފާއަށް ނުކުތްނަމަ ލިބޭނެ 17,371.88 (ސަތާރަ ހާސް ތިންސަތޭކަ ހަތްދިހަ އެއްރުފިޔާ އަށްޑިހަ އަށްލާރި) ގެ ރޭޓުން 249,576.00ރ. (ދެ ލައްކަ ސާޅީސްނުވަހާސް ފަސްސަތޭކަ ހަތްދިހަ ހަރުފިޔާ) މައްސަލަ ރައްދުވާފަރާތުން މައްސަލަ ހުށަހަޅާފަރާތަށް ދޭންޖެހޭނެކަމުގައ ކަނޑައަޅުއްވައި ދެއްވުން.
9.4މައްސަލަ ހުށަހަޅާފަރާތުން، ކުއްޔަށް ހިފާފައިވާ އެޕާޓްމަންޓަށް ކުލިދެއްކުމުގައި ދިމާވެފައިވާ ދަތިތަކާއ އަދި މާލޭގައި އުޅެމުން ދިޔަ ދިރިއުޅުން، ދަޢުވާކުރާފަރާތުގެ އުފަން ރަށަށް ބަދަލުކުރަން މަޖުބ ރުވުމަކީ، މައްސަލަ ރައްދުވާފަރާތުގެ ނުރަނގަޅު ޢަމަލުގެ ސަބަބުން މެދުވެރިވި ދަތިތަކެއް ކަމުގައި ކަނޑައަޅައި ކުލީގެ ގޮތުގައި މައްސަލަ ހުށަހަޅާފަރާތުން ދައްކަންޖެހޭ 16,000 ގެ ދެބައިކުޅަ އެއްބައި ކަމަށްވާ 8,000 (އަށް ހާސް ރުފިޔާ) އޮގަސްޓް 2019 އިން ފެށިގެން މެއި 2020 އާއި ހަމައަށް، ބޮރޯކޮށްގެން ދައްކަންޖެހުނު ޖުމްލަ 80,000 (އަށްޑިހަ ހާސްރުފިޔާ) އާއި، ޖ ރުމަނާގެ ގޮތުގައި 30 ޖ ން 2020 އާއި ހަމައަށް ކުލި ނުދެއްކިގެން ލިބުނު ގެއްލުމުގެ ގޮތުގައި، 5,760ރ. (ފަސް ހާސް ހަތްސަތޭކަ ފަސްދޮޅަސް ރުފިޔާ) މައްސަލަ ރައްދުވާފަރާތުން މައްސަލަ ހުށަހަޅާފަރާތަށް ދޭންޖެހޭނެކަމުގައ ކަނޑައަޅުއްވައި ދެއްވުން.
9.5 މައްސަލަ ހުށަހަޅާފަރާތަށ ކަރަންޓް ބިލާއި ފެންބިލް ދެއްކުމުގައި ދިމާވި އުނދަގޫތަކާއި ބިލްތައް ނުދެއްކި ދިއުމުގެ އަސްލަކީ، ވަޒީފާއިން ޤާނ ނާއި ޚިލާފަށް ވަކިކުރެވިގެން ދިއުންކަމަށްވާތީ، އެއީވެސް މައްސަލަ ހުށަހަޅާފަރާތަށް ލިބުނު ގެއްލުމެއްކަމުގައި ކަނޑައަޅައި ކަރަންޓާއި ފެން ބިލްތަކަށްވެސް ބޮރޯކޮށްގެނ މައްސަލް ހުށަހަޅާފަރާތުން ދައްކަންޖެހުނު 25,876.42 ރ. (ފަންސަވީސ ހާސް އަށްސަތޭކަ ހަތްދިހަ ހަރުފިޔާ ސާޅީސް ދެލާރި) ނަގައި ދިނުމަށް ކަނޑައަޅުއްވައި ދެއްވުން.
9.6މައްސަލަ ހުށަހަޅާފަރާތުން، ޖެނުއަރީ 2019 އިން ފެށިގެން ކިޔަވަމުން އައި ކޯހަށް ފީ އެއްކުރުމަށްޓަކައި ވަޒީފާއިން ވަކިކުރެވުނު ދުވަހުން ފެށިގެން، ކޮންމެ މަހަކު ކޮލެޖަށް ދައްކަންޖެހުނު 3,950ރ. (ތިންހާސް ނުވަސަތޭކަ ފަންސާސް ރުފިޔާ) ދައްކަންޖެހުމަކ މައްސަލީ ރައްދުވާފަރާތުގެ ޢަމަލުގެ ސަބަބުން ދަޢުވާކުރާފަރާތަށް ކުރިމަތިވި ދަތިތަކެވެ. އަދި އެޢަމަލުގެ ސަބަބުން މައްސަލަ ހުށަހަޅާފަރާތް ނަފްސާނީ ގޮތުން ބަލިވުމުގެ ސަބަބުން، ޖަނަވަރީ 2020 ގައި ކިޔެވުން މެދުކަނޑާލުމަށް މަޖުބ ރުވެ، 1 (އެކެއް) މާއްދާ ރިޕީޓ ކުރަން ޖެހުމަކީ މައްސަލަ ހުށަހަޅާފަރާތަށ ލިބުން ގުނާއަދަދު ނުކުރެވޭނެ ގެއްލުމެކެވެ. އެހެނީ ރިޕީޓ ކުރް މާއްދާއަށް ކޮންމެ މަހަކު 330ރ. (ތިން ސަތޭކަ ތިރީސް ރުފިޔާ) 6 (ހައެއް) މަސް ދުވަހަށް ދައްކަން ޖެހި، ކިޔެވުމަށް ހޭދަކުރަންޖެހޭ މުއްދަތު އިތުރުވުމެވެ. އެހެންކަމުން، މައްސަލަ ހުށަހަޅާފަރާތުން ކޮލެޖަށް ދެއްކި ޖުމްލަ 23,700ރ. (ތޭވީސް ހާސް ހަތް ސަތޭކަ ރުފިޔާ) އާއި، ރިޕީޓް ކުރަންޖެހުނު މާއްދާއަށް ދައްކަންޖެހޭ 1,980ރ. (ނަވާރަ ސަތޭކަ އަށްޑިހަ ރުފިޔާ) ޖުމްލަ 25,680ރ. (ފަންސަވީސ ހާސް ހަސަތޭކަ އަށްޑިހަ ރުފިޔާ) އަކީ، މައްސަލަ ރައްދުވާފަރާތުނ މައްސަލް ހުށަހަޅާފަރާތަށް ދޭންޖެހޭނެ އެއްޗެއް ކަމުގައި ކަނޑައަޅއަ އެ ފައިސާ ނަގައި ދިނުމަށް ކަނޑައަޅުއްވައި ދެއްވުން.
9.7މައްސަލަ ހުށަހަޅާފަރާތ ވަޒީފާއިން ވަކިނުކޮށް ހިފަހައްޓައި އަދި އޭގެ ސަބަބުން އެއީ އެހެންތަނަކުނ ވަޒީފާއެއް ލިބުމަށް ހުރަހަކަށްވުމުގެ ސަބަބުން، ވަޒީފާއެއް ނުލިބި ހުންނަންޖެހުމާއި ނަފްސާނީ ގޮތުން ބޭސްފަރުވާ ކުރަންޖެހިފައިވުމާއި ކިޔަވަމުންދިޔަ ކޯސް ޖަނަވަރީ 2020 އިން ފެށިގެން މެދުކަނޑާލަން ޖެހިފައިވުމާއި އެގެއްލުންތަކަކީ އަގުނުކުރެވޭނެ ފ ނުބެއްދޭވަރުގެ ބޮޑެތި ގެއްލުންތަކަކަށްވާތީ، އެގެއްލުންތަކަށ މައްސަލް ރައްދުވާފަރާތުން ޒިންމާވާންޖެހޭކަމަށް ކަނޑައަޅައި، ރަމްޒީ ބަދަލެއްގެ ގޮތުގައި 200،000ރ. (ދެލައްކަ ރުފިޔާ) ނަގައި ދިނުމަށް ކަނޑައަޅުއްވައި ދެއްވުން.
9.8 މައްސަލަ ހުށަހަޅާފަރާތ ވަޒީފާއިން ވަކް ނުކޮށް ބެހެއްޓުމުގައި ޒިންމާދާރު ވާންޖެހޭ ފަރާތްތަކުން އިދާރީ ގޮތުން ކުރަންޖެހޭ މަސައްކަތް ކޮށްފައި ނުވާތީއާއި، މަޤާމުގެ ނުފ ޒު ފޯރުވާފައިވާ މުވައްޒަފުންގެ ސަބަބުން ސީދާ ގޮތުން މައްސަލަ ހުށަހަޅާފަރާތަށް ލިބުނު ގެއްލުމުގެ ބަދަލު، މައްސަލަ ރައްދުވާފަރާތުގެ މުވައްޒަފުންނާމެދު ޤާނޫނީ ގޮތުން އަޅަންޖެހޭ އެންމެހައި ފިޔަވަޅު އެޅުއްވުމަށ އެދް އަމުރި ނެރެދެއްވުން.
9.9 މައްސަލަ ހުށަހަޅާފަރާތ ކުރިން ޑރ. ޢަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި އަދާކުރި ވަޒީފާއަށް 01 ސެޕްޓެމްބަރު 2020 ގައި އަލުން ނެރެފައިވާއިރު، ވަޒީފާއިން ވަކިނުކޮށް ހުރި މުއްދަތަށް މުސާރައާއި އިނާޔަތް ދިނުމަށް އަމުރުކޮށް ދެއްވުން. "
16އެ މައްސަލަ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 08/VTR/2021 މައްސަލައިން ބަލަމުން ދަނިކޮށް ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ގަވާއިދު 2015 ގެ 8 ވަނަ މާއްދާގެ (ހ) ގައި، ވަޒީފާއާބެހޭ ޤާނޫނުގައި އެހެންގޮތަކަށް ކަނޑައެޅިގެން ބަޔާންކޮށްފައި ނުވާނަމަ ވަޒީފާއާގުޅޭ މައްސަލައެއް ނުވަތަ ޚިލާފެއް، އެ މައްސަލައެއް ނުވަތަ ޚިލާފެއް އުފެދުނު ތާރީޚުން ފެށިގެން 6 (ހައެއް) މަސްދުވަހުގެ ތެރޭގައި އެ މައްސަލަ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހަޅަންވާނެކަމަށއާ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ގަވާއިދުގެ 8 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ މުއްދަތު ފާއިތުވުމަށްފަހު ހުށަހަޅާ މައްސަލަތަކުގައި ޙަވާލާދެވުނު މުއްދަތުގައި މައްސަލައެއް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅިފައި ނުވާ ސަބަބު ބަޔާންކޮށް އެ ޓްރައިބިއުނަލަށް ހުށަހަޅަންޖެހޭނެ ކަމާއި އަދި މައްސަލަ ބަލައިގަތުމުގެ އިޚްތިޔާރު ބިނާވެގެން ދަނީ ހުށަހެޅިފައިވާ ސަބަބުގެ މައްޗަށް ރިޢާޔަތްކޮށްކަން ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ގަވާއިދުގް 8 ވަނަ މާއްދާގެ
(ނ) ގެ މަފްހމަށ ބެލުމުން އެނގެން އޮންނައިރު، މިމައްސަލައިގައި އެފަދަ އެއްވެސް ސަބަބެއް މައްސަލަ ހުށަހެޅި ފަރާތުން ބަޔާންކޮށް ހުށަހަޅާފައިނުވާކަމަށާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2010/3 (2 މާރިޗް 2010) ޢާއްމު ސިޓީއަށް ރިޢާޔަތްކުރާއިރު، މައްސަލައެއްގައި ޓްރައިބިއުނަލުން ނިންމާ ނިންމުމަކީ ޤާނޫނީ ގޮތުން ޞައްޙަ ނިންމުމެއްގެ ގޮތުގައި ބެލެވޭނީ، އެ ނިންމުމަކީ އެ މައްސަލަ ބެލުމުގެ އިޚްތިޞާޞް ޤާނޫނީގޮތުން ލިބިފައިވާ ކޯޓަކުން ނުވަތަ ޤާނޫނީ ގޮތުން މައްސަލަ ބެލުމަށް އެކުލަވާލާފައިވާ މަޖިލީހަކުން ނިންމާފައިވާ ނިންމުމެއްކަމުގައިވާނަމަކަމަށާއި، އެ އުޞޫލަށް ރިޢާޔަތްކުރާއިރު، މި މައްސަލައަކީ ވަޒީފާއާބެހޭ ޓްރައިބިއުނަލުން ބެލޭނެ މައްސަލައެއް ނ ންކަމަށެ ބަޔާންކޮށް މި މައްސަލައަކީ ސިވިލް ސަރވިސް ކޮމިޝަނުގެ މައްޗަށް ރައްދުވާ ގޮތަށް ޓްރައިބިއުނަލަށް ހުށަހަޅައިގެން ކުރިއަށް ގެންދެވޭނެ މައްސަލައެއް ނ ންކަމުގައި ކަނޑައަޅައިދިނުމަށް އެދި ސިވިލް ސަރވިސް ކޮމިޝަނުގެ ފަރާތުން 11 ފެބުރުވަރީ 2021 ގައި އިޖުރާއީ ނުކުތާއެއް ހުށަހެޅިއެވެ.
17އިސްތިއުނާފަށް ހުށަހެޅިފައި މިވަނީ ބުނެވިދިޔަ ހުށަހެޅުމާ ގުޅިގެންވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 08/VTR/2021 މައްސަލައިގައި އެ ޓްރައިބިއުނަލުން 17 ފެބުރުވަރީ 2022 ނިންމި ނަންބަރު VTR/IJ/2022/4-200 އިޖުރާއީ ނިންމުމުގެ އިސްތިއުނާފެވެ.
ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމި ގޮތް
18ސިވިލް ސަރވިސް ކޮމިޝަނުގެ ފަރާތުން ހުށަހެޅި އިޖުރާއީ ނުކުތާއާ ގުޅިގެން ވޒީފާއާބެހަ ޓްރައިބިއުނަލުގެ ނަންބަރު VTR/IJ/2022/4-200 ނިންމުމުގައި ކަނޑައަޅާފައިވަނީ، ޝަހާ މުޙައްމަދު ޝަފީޤު ވަޒީފާއިން ވަކިކޮށްދީފައި ނުވާތީއާއި، ވަޒީފާއިން ވަކިނުކޮށް ބެހެއްޓުމަށްފަހު، ހުޅުމާލެ ހޮސްޕިޓަލުން ވަޒީފާއިން ވަކިކުރުމަށް ނުރަނގަޅު ނުފޫޒު ފޯރުވާފައިވާތީ ހުށަހަޅާފައިވާ ޝަކުވާ ވަޒީފާއާބެހޭ ޓްރައިބިއުނަލުން ބަލައިގަނެވެން ނެތްކަމަށެވެ. އެ ނިންމުން ބިނާކުރީ އަންނަނިވި ކަންކަމުގެ މައްޗަށެވެ.
1.18. ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ގަވާއިދު 2015 ގެ 8 ވަނަ މާއްދާގެ (ހ) ގައި، ވަޒީފާއާބެހޭ ޤާނޫނުގައި އެހެންގޮތަކަށް ކަނޑައެޅިގެން ބަޔާންކޮށްފައި ނުވާނަމަ ވަޒީފާއާގުޅޭ މައްސަލައެއް ނުވަތަ ޚިލާފެއް، އެ މައްސަލައެއް ނުވަތަ ޚިލާފެއް އުފެދުނު ތާރީޚުން ފެށިގެން 6 (ހައެއް) މަސްދުވަހުގެ ތެރޭގައި އެ މައްސަލަ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހަޅަންވާނެކަމަށް ބަޔާންކޮށްފައިވީނަމަވެސް، ވަޒީފާއާގުޅޭ މައްސަލަތަކުގެ މުއްދަތު ގުނަން ފެށޭ ތާރީޚު ކަނޑައެޅުމާ ގުޅޭގޮތުން އިސްމާޢީލް ޙިލްމީ ވ. މޯލްޑިވްސް ކަސްޓަމްސް ސަރވިސް ޤަޟިއްޔާގައި، މުވައްޒަފަކާމެދު ވަޒީފާދނި ފަރާތުން ނިންމް ނިންމުމަކާ އެމުވައްޒަފަކު ހިތްހަމަނުޖެހޭ ޙާލަތެއްގައި، ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށަހަޅަންޖެހޭ މުއްދަތު ގުނުމާގުޅޭ ގޮތުން ކަނޑައެޅި އުޞޫލަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނަންބަރު VTR/IJ/2022/4-200 ނިންމުމުގެ ފުރަތަމަ ޕެރެގުރާފު ރިޢާޔަތްކުރާއިރު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ގަވާއިދު 2015 ގެ 8 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ 6 (ހައެއ) މަސްދުވަހުގެ މުއްދަތު ގުނުމުގައި ބަލަންޖެހެނީ، މައްސަލަ ހުށަހެޅި ފަރާތު އެދުންފަދައިނ އެފަރާތް ވަޒީފާއިން ވަކިކުރުމާ ގުޅިގެން ދިވެހި ސިވިލް ސަރވިސްގެ ގަވާއިދު 2014 ގެ 10 ވަނަ މާއްދާގެ (ހ) ގެ ދަށުން، އިލްތިމާސްކުރުމުން، އެކަމާމެދު ސިވިލް ސަރވިސް ކޮމިޝަނުން ގޮތެއް ނިންމި ތާރީޚުން ފެށގެންކަމިށއި، ޝަހ މުޙައްމަދާ ޝަފީޤުގެ ފަރާތުން ސިވިލް ސަރވިސް ކޮމިޝަނަށް 09 ޑިސެންބަރު 2019 ގައި ފޮނުވާފައިވާ ސިޓީގެ ޖަވާބު، ސިވިލް ސަރވިސް ކޮމިޝަނުން ފޮނުވާފައިވާ ނަންބަރު ER/ASJ/2020/29-188 'އަމިއްލަ މީހުން ފޮނުވާ ސިޓީގެ ޖަވާބު' ދީފައިވަނީ 23 ޖަނަވަރީ 2020 ގައި ކަމަށާއި، ވުމާއެކު ވޒީފާއިނަ ވަކިނުކުރުމ ގުޅިގެނާ ހުށަހަޅާފައިވް ޝަކުވާ ހުށަހެޅުމުގެ މުއްދަތު ގުނަން ފަށަންޖެހޭ ތާރީޚަކީ 23 ޖަނަވަރީ 2020 ކަމުގައި ބުރަވެވޭ ކަމަށެވެ.
2.18. ޝހަ މުޙައްމަދު ޝަފީޤުގެ ފަރާތުން މި މައްސަލަ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހަޅާފައިވަނީ 17 ޖަނަވަރީ 2021 ކަމަށްވާތީ، މި މައްސަލަ ހުށަހެޅިއިރު، 23 ޖަނަވަރީ 2020 އިން ފެށިގެން 06 (ހައެއް) މަސްދުވަސް ފާއިތުވެފައިވާކަ މަށެވެ.
19ޝަހ މުޙައްމަދާ ޝަފީޤު ވަޒީފާއިން ވަކިކޮށްފައި ނުވާތީ ހުށަހެޅި ޝަކުވާ ބަލައިގަނެވެން ނެތްކަމަށް ކަނޑައެޅި ނަމަވެސް، އުޖ ރައާ ގުޅުންހުރި މައްސަލަތައް ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ގަވާއިދު 2015 ގެ 8 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މުއްދަތު ފާއިތުވުމަށްފަހުވެސް ހުށަހެޅިދާނެކަމަށް ބަޔާންކޮށްފައިވާތީ، މި މައްސަލައިގައި ހުށަހަޅާފައިވާ ކަންތައްތަކުގެ ތެރެއިން ޝަހ މުޙައްމަދާ ޝަފީޤް ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި އަދާކުރި ވަޒީފާއަށް 1 ސެޕްޓެންބަރު 2020 ގައި އަލުން ނެރެފައިވާއިރު، ވަޒީފާއިން ވަކިނުކޮށް ހުރި މުއްދަތަށް މުސާރައާއި އިނާޔަތްތައް ނަގައިދިނުމަށް އެދި ހުށަހެޅި ޝަކުވާ ވަކި މައްސަލައެއްގެ ގޮތުގައި ހުށަހަޅަން ބޭނުންކމުގައި ވާނަމަ، ( 17 ފެބރުވަރު 2022) އިން ފެށިގެން ރަސްމީ ބަންދުން ން 05 (ފަހެއް) ދުވަހުގެ ތެރޭ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅުމަށް އެނިންމުމުގައި ޝަހ މުޙައްމަދާ ޝަފީޤށް އަންގާފައިވެއެވެ.
އިސްތިއުނާފީ ނުކުތާތައް
20ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު VTR/IJ/2022/4-200 'އިޖުރާއީ ގޮތުން ނިންމި ގޮތް' ޝަރުޢީ އަދި ޤާނ ނ އުޞޫލުތަކާ ޚިލާފުކަމަށް ބުނެ އެ ނިންމުން އިސްތިއުނާފު ކުރުމަށް އެދި ޝަހާ މުޙައްމަދު ޝަފީޤުގެ ފަރާތުން ހުށަހަޅާފައިވަނީ އަންނަނިވި 03 (ތިނެއް) ނުކުތާއެވެ.
1.20 ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނަންބަރު 08/VTR/2021 މައްސަލަ ނިންމާފައިވަނީ، ދިވެހި ޖުމްހ ރިއްޔާގެ ޤާނޫނއަސާސީގު 42 ވަނަ މާއްދއާއާ 142 ވަނަ މާއްދާ އާއި 143 ވަނަ މާއްދާގެ
(ރ) އާއި ޤާނޫނު ނަންބަރު 2010/13 (ދިވެހިރާއްޖޭގ ފަނޑިޔާރުންގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ހ) އަދި (ށ) ގެ 1 ވަނަ ނަންބަރއާ 2 ވަނަ ނަންބަރާ ޚިލާފަށް ކަމަށް؛
2.20 ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 08/VTR/2021 މައްސަލައިގައި އެޓްރައިބިއުނަލުން ނިންމި ނަންބަރު VTR/IJ/2022/4-200 ނިންމުން ނިންމާފައިވަނީ ޤވަ އިދާ ނަންބަރު 20-2015/R (ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ގަވާއިދު 2015) ގެ 8 ވަނަ މާއްދާގެ (ހ) ޚިލާފަށްކަމަށް؛
3.20 ވަޒީފާއާބެހޭ ޓްރައިބިއުނަލގު ނަންބަރު 08/VTR/2021 މައްސަލައިގައި އެ ޓްރައިބިއުނަލުން ނިންމި ނަންބަރު VTR/IJ/2022/4-200 ނިންމުމުގައި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/07 ޤޟިއްޔާއަށަ ޙަވާލާދީ އެ ޤޟިއްޔަ ތަޠުބީޤުކޮށް މާނަކޮށްފައިވަނީ އިސްތިއުނާފުކުރާ ފަރާތުގެ ޙައްޤު ގެއްލޭގޮތަށް އިސްތިއުނާފު ރައްދުވާފަރާތުގެ މަސްލަޙަތއާ އެއްގޮތަށް އެ ޤަޟިއްޔާގައި ބަޔާންކުރާ އުޞ ލުތަކއާ ޤަވާއިދު ނަންބަރު 20-2015/R (ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ގަވާއިދު 2015) ގެ 8 ވަނަ މާއްދާގެ (ހ) އަދި (ނ) އާ ޚިލާފަށް ކަމަށް؛ އިސްތިއުނާފުކުރާ ފަރާތުން ދެއްކި ވާހަކަތައް
21އިސްތިއުނާފީ ފުރަތަމަ ނުކުތާއާ ގުޅިގެނާ ބުނެފައިވަނީ؛
1.21 ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގެ 1 ވަނަ ނަންބަރާއި 2 ވަނަ ނަންބަރާ ޙަވާލާދީ ބުނެފައިވަނީ ވަޒީފާއާބެހޭ ޓްރައިބިއުނަލުން މައްސަލަ ނިންމުމުގައި މައްސަލައިގެ ވަށައިގެންވާ އެންމެހައި ކަންކަމަށާއި ރިފަރެންސް ދީފައިވާ ލިޔުންތަކަށް ރިޢާޔަތްކޮށްފައިވާ ނުވާކަމަށާއި އަދި ސިވިލް ކޯޓުގެ 781/Cv-C/2020 ޤަޟިއްޔާ އެއްފަރާތް ކޮށްފައިވާ ކަމަށެވެ.
2.21 ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނަންބަރު 08/VTR/2021 މައްސަލައަކީ ހަމައެކަނި ވަޒީފާއިން ވަކިކޮށް ނުދީ ހިފެހެއްޓުމުގެ މައްސަލަ ނޫންކަމާއި، އަދި އެދިފައިވަނީ ހަމައެކަނި ވަޒީފާއިން ވަކިކޮށް ނުދީ ހިފެހެއްޓުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް އެކަނި ނޫންކަން މައްސަލަ ހުށަހަޅާ ފޯމުގެ 6 ވަނަ އަދި 9.1 ން 9.9 ގައި ބަޔާންކޮށްފައިވާ ނުކުތާތަކުން އެނގޭކަމަށާއި، މައްސަލައިގެ އެދިފައިވާ ގޮތުގެ އެއްބައި ނުބެލޭނެކަމަށް ކަނޑައަޅައި އަނެއްބައި ވަކި މައްސަލައެއްގެ ގޮތުގައި ވަކި މުއްދަތެއްގެ ގޮތުގައި ހުށަހެޅުމަށް ކަނޑައަޅާފައިވަނީ ކޯޓުތަކުން ޢާންމުކޮށް ޢަމަލުކުރާ އުޞޫލުން ބޭރުންކަމަށެވެ.
22ދެވަނަ އިސްތިއުނާފީ ނުކުތާއާ ގުޅޭގޮތުންބުނެފައިވަނީ، އުޖ ރައާއ ގުޅުންހުރި މައްސަލަތަކަކީ ކޮންމެ ދުވަހަކުވެސް ހުށަހެޅި ދާނެ މައްސަލަތަކެއް ކަމަށާއި، ވަކި މުއްދަތެއްގެ ތެރޭގައި ހުށަހެޅުމަށް އަންގާފައިވަނީ ގަވާއިދުން ބޭރުންކަމަށެވެ.
23ތިންވަނަ އިސްތިއުނާފަ ނުކުތާއާ ގުޅޭގޮތުންބުނެފައިވަނީ، މައްސަލަ ހުށަހެޅުން ލަސްވި ސަބަބު މައްސަލަ ހުށަހެޅި ފޯމުން އެނގެން އޮތްއިރު، އަދި އިސްތިއުނާފު ރައްދުވާފަރާތުން ހުށަހެޅި އިޖުރާއީ އިއުތިރާޒުގެ ރައްދު ބަޔާނާއެކު ހުށަހެޅި ލިޔުމުން ވަރަށް ސާފުކޮށް އެނގެން އޮތްއިރު، މައްސަލަ ނިންމާފައިވަނީ އެ ސަބަބަށް ރިޢާޔަތްނުކޮށް ކަމަށެވެ.
އިސްތިއުނާފުކުރާ ފަރާތުން އެދޭގޮތް
24ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނަންބަރު 08/VTR/2021 މައްސަލއިގައަ ނަންބަރު VTR/IJ/2022/4-200 އިޖުރާއީ ގޮތުން ނިންމި ގޮތް ނިންމާފައިވަނީ، ވަޒީފާއާބެހޭ ޤާނޫނާއި ޤަވާއިދާ ޚިލާފަށް ކަމަށާއި، މި މައްސަލައަކީ ވަޒީފާއާބެހޭ ޓްރައިބިއުނަލުން ބެލޭނެ މައްސަލައެއް ކަމަށް ކަނޑައަޅައި، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނަންބަރު 08/VTR/2021 މައްސަލައިގައި ބަޔާންކޮށްފައިވާ އެންމެހައިކަންކަނ ހުށަހެޅުމުން ބެލުމަށް އަމުރުކޮށް މައްސަލް ތަޙްވީލުކޮށްދިނުމަށެވެ.
އިސްތިއުނާފު ރައްދުވާ ފަރާތުން ދެއްކި ވާހަކަތައް
25އިސްތިއުނާފު ރައްދުވި ފަރާތުން ދެއްކި ވާހަކަތަކުގައި ޖުމުލަކޮށް ބުނެފައިވަނީ، އިސްތިއުނާފީ ތިން ނުކުތާ ގައި ވެސް، އެކަމުގައި އުފެދޭ ޤާނނ ބަހުސަކީ ކޮބައިކަމާއި، މައްސަލަ ނިންމުމުގައި ދިވެހި ޖުމްހ ރިއްޔާގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާއާއި 142 ވަނަ މާއްދާ އާއި 143 ވަނަ މާއްދާގެ (ރ) އާއި ޤާނޫނު ނަންބަރު 2010/13 (ދިވެހިރާއްޖޭގ ފަނޑިޔާރުންގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ހ) އަދި (ށ) ގެ 1 ވަނަ ނަންބަރާއި 2 ވަނަ ނަންބަރާއި، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ގަވާއިދު 2015 ގެ 8 ވަނަ މާއްދާގެ (ހ) އަދި (ނ) އާ ޚިލާފަށް ކޮށްފައިވަނީ ކޮން ޢަމަލެއް ކަމާއި، އެ މާއްދާއާ ޚިލާފުވެފައިވަނީ ކޮންގޮތަކަށްކަން އިސްތިޢުނާފުކުރި ފަރާތުން ބަޔާންކޮށްދީފައި ނުވާކަމަށާއި އެހެންކަމުން މި ނުކުތާއަކީ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-L/91 މައްސަލައިގައި ކަނޑައަޅާފައިވާ އުޞ ލާ ރިއާޔަތްކޮށް ބަލައިގަނެވޭނެ ނުކުތާތަކެއް ނ ންކަމަށެވެ.
26ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނިންމުމަކީ، ޤަވާއިދު ނަންބަރު 20-2015/R (ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ގަވާއިދު 2015) ގެ 8 ވަނަ މާއްދާގެ (ހ) އަދި (ނ) އާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/07 ޤަޟިއްޔާގައ ކަނޑައަޅާފައިވި އުޞ ލާ އެއްގޮތަށް ނިންމާފައިވާ ނިންމުމެއްކަމަށް ދެކޭކަމަށެވެ.
އިސްތިއުނާފު ރައްދުވާ ފަރާތުން އެދޭގޮތް
27އިސްތިއުނާފު ރައްދުވާ ފަރާތުން އެދެނީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2021VTR//08 މައްސަލަ އިގައި އިޖުރާއީ ގޮތުން ވަޒީއާބެހޭ ޓްރައިބިއުނަލުން ނިންމާފައިވާ ނިންމުމަކީ ޝަރުޢީ އަދި ޤާނޫނާ އުޞލުތަކ އެއްގޮތްވާ ގޮތުގެ މަތިން ނިންމާފައިވާ ނިންމުމެއް ކަމަށް ކަނޑައަޅައި ދިނުމަށާއި، އެނިންމުން ބާޠިލުކުރަންޖެހޭ ޝަރުޢީ އަދި ޤާނ ނ ހަމައެއް ނެތްކަމަށް ކަނޑައަޅައި ދިނުމަށެވެ.
ފާހަގަކުރެވުނު ކަންތައްތައް
28ޝަހ މުޙައްމަދާ ޝަފީޤުގެ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅި މައްސަލައަކީ، ޤާނޫނާ ޚިލާފަށް ޝަހ މުޙައްމަދާ ޝަފީޤު ވަޒީފާއިން ވަކިނުކޮށް ހިފެހެއްޓުމާއި، ނުރަނގަޅު ނުފޫޒު ފޯރުވައިގެން ވަޒީފާއިން ވަކިކުރުވުމާއި، ވަޒީފާއިން ވަކިނުކޮށް ހިފެހެއްޓުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލާއި، ވަޒީފާއިން ވަކިނުކޮށް ހުރި މުއްދަތަށް މުސާރަ އާއި ޢިނާޔަތް ހޯދުމަށް އެދި ހުށަހެޅި މައްސަލައެކެވެ.
29ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 08/VTR/2021 މައްސަލައިން ބެލި އެ މައްސަލައިގައި ނިންމި ނަންބަރު VTR/IJ/2022/04-200 އިޖުރާއީނިންމުމުގައި ނިންމާފައިވަނީ،ޝަހާ މުޙައްމަދު ޝަފީޤު ވަޒީފާއިން ވަކިކޮށްދީފައި ނުވާތީއާއި، ވަޒީފާއިން ވަކިނުކޮށް ބެހެއްޓުމަށްފަހު، ހުޅުމާލެ ހޮސްޕިޓަލުން ވަޒީފާއިން ވަކިކުރުމަށް ނުރަނގަޅު ނުފޫޒު ފޯރުވާފައިވާތީ ހުށަހަޅާފައިވާ ޝަކުވާ ވަޒީފާއާބެހޭ ޓްރައިބިއުނަލުން ބެލެންނެތްކަމަށެވެ. އެއީ އެ ޝަކުވާއަކީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ގަވާއިދު 2015 ގެ 8 ވަނަ މާއްދާގެ (ހ) ގައި ބުނާ މުއްދަތުގެ ތެރޭގައި ހުށަހަޅަންޖެހޭ ޝަކުވާއަކަށްވާއިރު، އެއީ އެ މުއްދަތު ހަމަވިފަހުން ހުށަހަޅާފައިވާ ޝަކުވާއަކަށް ވުމުންނެވެ. އެ ނިންމުން ނިންމުމުގައި މުއްދަތު ގުނާފައިވަނީ، ވަޒީފާއާބެހޭ މައްސަލަތަކުގައި މުއްދަތު ގުނަންފެށޭ ތާރީޚު ކަނޑައެޅުމާ ގުޅޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ އިސްމާޢީލް ޙިލްމީ ވ. މޯލްޑިވްސް ކަސްޓަމްސް ސަރވިސް ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ އުޞޫލަށް ރިޢާޔަތްކޮށްކަން ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނިންމު މުން އެނގެއެވެ.
30އެ ޝަކުވާ ބަލައި ނުގަތުމަށް ނިންމި ނަމަވެސް، ޝަހ މުޙައްމަދާ ޝަފީޤު ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ ވަޒީފާއިން ވަކިނުކޮށް ހުރި މުއްދަތަށް މުސާރައާއި އިނާޔަތްތައް ނަގައިދިނުމަށް އެދިފައިވާތީ، އުޖ ރައާ ގުޅުންހުރި މައްސަލަތައް ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ގަވާއިދު 2015 ގެ 8 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މުއްދަތު ފާއިތުވުމަށްފަހު ވެސް ހުށަހެޅިދާނެކަމަށް ބަޔާންކޮށްފައިވާތީ، ވަޒީފާއިން ވަކިނުކޮށް ހުރި މުއްދަތަށް މުސާރައާއި އިނާޔަތްތައް ނަގައިދިނުމަށް އެދި ހުށަހެޅި ޝަކުވާ ވަކި މައްސަލައެއްގެ ގޮތުގައި ހުށަހަޅަން ބޭނުންކަމުގައި ވާނަމަ، (17 ފެބުރުވަރީ 2022) އިން ފެށިގެން ރަސްމީ ބަންދުނޫން 05 (ފަހެއް) ދުވަހުގެ ތެރގައޭ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅުމަށް އެނިންމުމުގައި ޝަހ މުޙައްމަދާ ޝަފީޤށް އަންގާފައިވެއެވެ.
31ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނިންމުން އިސްތިއުނާފުކުރުމަށް ހުށަހަޅާފައިވާ މި އިސްތިއުނާފު ބިނާކޮށްފައިވަނީ މައިގަނޑު އަންނަނިވި ނުކުތާތަކުގެ މައްޗަށެވެ. އެއީ؛
(ހ) އިޖުރާއީ ގޮތުން މައްސަލަ ބެލެން ނެތްކަމަށް ނިންމިގޮތުގެ ސައްޙަކަމާމެދު ސުވާލު އުފައްދައި ހުށަހަޅާފައިވާ ނުކުތާއާއި؛
(ށ) މައްސަލައިގެ ބައެއް ވަކި މައްސަލައެއްގެ ގޮތުގައި ހުށަހެޅުމަށް އަންގާފައިވުމާ ގުޅޭގޮތުން ސުވާލު އުފައްދައި ހުށަހަޅާފައިވާ ނުކުތާއާއި އަދި؛
(ނ) އުޖ ރއަ ގުޅާ މައްސަލޭ ވަކި މުއްދަތެއްގެ ތެރޭގައި ހުށަހެޅުމަށް އެންގި އެންގުމާ ގުޅޭގޮތުން ފާހަގަކުރި ނުކުތާއެވެ. އިޖުރާއީ ގޮތުން މައްސަލަ ބެލެން ނެތްކަމަށް ނިންމި ނިންމުން
32މި ނުކުތާއާ ގުޅޭގޮތުން އިސްތިއުނާފުކުރާ ފަރާތުން ފާހަގަކޮށްފައިވަނީ، ވަޒީފާއިން ވަކިކޮށްދީފައި ނުވާތީއާއި، ވަޒީފާއިން ވަކިނުކޮށް ބެހެއްޓުމަށްފަހު، ހުޅުމާލެ ހޮސްޕިޓަލުން ވަޒީފާއިން ވަކިކުރުމަށް ނުރަނގަޅު ނުފޫޒު ފޯރުވާފައިވާ ކަމަށްބުނާ އަސާސްގެ މައްޗަށް ބިނާކޮށް ޝަހ މުޙައްމަދާ ޝަފީޤުގެ ފަރާތުން ހުށަހެޅި ޝަކުވާ ބަލައި ނުގަތުމަށް ނިންމި ނިންމުމަކީ ގަވާއިދު ނަންބަރު 20-2015/R (ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ގަވާއިދު 2015)ގެ 8 ވަނަ މާއްދާގެ (ހ) އަދި (ނ) އާ ޚިލާފު ނިންމުމެއްކަމަށާއި، އަދި އެ ނިންމުން ނިންމުމުގައި ދިވެހިރާއްޖޭގެ ހައިކޯޓުގެ އިސްމާޢީލް ޙިލްމީ ވ. މޯލްޑިވްސް ކަސްޓަމްސް ސަރވިސް ޤަޟިއްޔާ ތަޠުބީޤުކޮށފައިވަން އިސްތިއުނާފުކުރާ ފަރާތުގެ ޙައްޤު ގެއްލޭގޮތަށް ކަމަށެވެ.
33HN1ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ގަވާއިދު 2015 ގެ 8 ވަނަ މާއްދާގއަ ބަޔާންކޮށްފައިވަނ މައްސަލަ ހުށަހަޅަންޖެހޭ މުއްދަތެވެ. އެ މާއްދާގެ (ހ) ގައި ބަޔާންކުރަނީ؛ "ވަޒީފާއާބެހޭ ޤާނ ނުގައި އެހެންގޮތަކަށް ކނަ ޑައެޅިގެން ބަޔާންކޮށްފައި ނުވާނަމަ، ވަޒީފާއާގުޅޭ މައްސަލައެއް ނުވަތަ ޚިލާފެއް، އެ މައްސަލައެއް ނުވަތަ ޚިލާފެއް އުފެދުނު ތާރީޚުން ފެށިގެން 6 (ހައެއް) މަސްދުވަހުގެ ތެރޭގައި އެ މައްސަލަ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހަޅަންވާނެއެވެ. އެހެންނަމަވެސް އުޖޫރައާ ގުޅުންހުރި މައްސަލަތައް ހުށަހެޅުމަށް މި މާއްދާ ހުރަހެއްނާޅައެވެ ." މިފަދައިންކަމާއި، އެ މާއްދާގެ (ނ)ގައި ބަޔާންވެގެންވަނީ؛ " މި މާއްދާގެ (ހ) ގައި ކަނޑައަޅާފައިވާ މުއްދަތު ފާއިތުވުމަށްފަހު، މައްސަލަ އެ މުއްދަތުގައި ހުށަހެޅިފައި ނުވާ ސަބަބު ބަޔާންކޮށް ހުށަހަޅާ މައްސަލައެއްގައިއެ ސަބަބަކީ މަޤުބޫލު ސަބަބެއްކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށް ފެންނަނަމަ އެކަމަކަށް ރިޢާޔަތްކޮށް، އެ މައްސަލައެއް ބަލައިގަތުމުގެ އިޚްތިޔާރު ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިބިގެންވެއެވެ." މިފަދައިންނެވެ.
34ވުމާއެކު، ވަޒީފާއާބެހޭ ޤާނޫނުގައި އެހެންގޮތަކަށް ކަނޑައެޅިގެން ބަޔާންކޮށްފައި ނުވާނަމަ، ވަޒީފާއާގުޅޭ މައްސަލައެއް ނުވަތަ ޚިލާފެއް އުފެދުނު ތާރީޚުން ފެށިގެން 6 (ހައެއް) މަސް ދުވަހުގެ ތެރޭގައި އެ މައްސަލައެއް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހަޅަންވާނޭ ކަމާއި، އެ މުއްދަތު ފާއިތުވުމަށްފަހު ހުށަހަޅާ މައްސަލައެއްނަމަ އެ މުއްދަތުގައި ހުށަނޭޅުނު ސަބަބު ބަޔާންކޮށް ހުށަހަޅަންޖެހޭނެއެވެ. އެ ހުށަހަޅާ ސަބަބަކީ މަޤުބޫލު ސަބަބއްކަމަށެ ވަޒީފާއާބެހް ޓްރައިބިއުނަލަށް ފެންނަނަމަ އެ މައް ސަލަ ބަލައިގަތުމަކީ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިބިދީފައިވާ އިޚްތިޔާރެކެވެ.
35މި އިސްތިއުނާފަށް ބަލާއިރު، މުއްދަތު ގުނުމާގުޅޭ ގޮތުން ނުވަތަ މުއްދަތު ގުނަންފެށި ތާރީޚާ ގުޅޭގޮތުން މި އިސްތިއުނާފުގައި އިސްތިއުނާފުކުރާ ފަރާތުން ސުވާލު އުފައްދާފައި ނުވެއެވެ.
36އެ ފަރާތުގެ ބަހުޘް ބިނާކުރި މައިގަނޑު ނުކުތާއަކީ މައްސަލަ ހުށަހެޅުން ލަސްވި ސަބަބަކީ މަޤުބޫލު ސަބަބެއް ކަމަށްވާއިރު އެ ސަބަބަށް މައްސަލަ ނިންމުމުގައި ރިޢާޔަތްކޮށްފައި ނ ވުމެވެ. ވުމާއެކު މި ނުކުތާގައި ކަނޑައަޅަންޖެހޭނީ، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނިންމުމަކީ ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ގަވާއިދު 2015 ގެ 8 ވަނަ މާއްދާގެ (ނ)އ ޚިލާފަށާ ނިންމާފައިވާ ނިންމުމެއްތޯ މި ސުވާލާ ގުޅޭގޮތުންނެވެ.
37ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ގަވާއިދު 2015 ގެ 8 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ މުއްދަތު ފާއިތުވުމަށްފަހު ހުށަހަޅާ މައްސަލައެއްނަމަ އެ މުއްދަތުގައި ހުށަނޭޅުނު ސަބަބު ބަޔާންކޮށް ހުށަހަޅަންޖެހޭނެއެވެ. މިމައްސަލައިގައި މައްސަލަ ހުށަހެޅުން ލަސްވި ސަބަބު ބަޔާންކޮށް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހަޅާފައިވޭ ހެއްޔެވެ.
38ޓްރައިބިއުނަލުން ފާހަގަކޮށްފައިވަނީ މިމައްސަލައިގައި އެފަދަ އެއްވެސް ސަބަބެއް މައްސަލަ ހުށަހެޅިފައި ފަރާތުން ބަޔާންކޮށް ހުށަހަޅާފައި ނުވާކަމަށެވެ.
39HN2އިސްތިއުނާފުކުރި ފަރާތުން ބުނަނީ މައްސަލަ ހުށަހެޅުން ލަސްވި ސަބަބަކީ އެ މައްސަލަ އެންމެ ފުރަތަމަ ހުށަހަޅާފައިވަނީ ސިވިލް ކޯޓަށް ކަމަށް ވުމުންކަމަށެވެ. ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅި ފޯމުގެ 7.9 ގައި އެކަން ސާފުކޮށް ބަޔާންކޮށްފައިވާނެ ކަމަ ށެވެ.
40މައްސަލަ އިގެ ލިޔެކިޔުންތަކަށް ބަލާއިރު، މައްސަލަ ހުށަހަޅާ ފަރާތް ވަޒީފާއިން ވަކިނުކޮށް ހިފަހައްޓާފައިވާތީއާއި، ނުރަނގަޅު ނުފޫޒު ފޯރުވައިގެން އަދާކުރަމުންދިޔަ ވަޒީފާއިން ވަކިކުރުވާފައިވާތީ ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް އެދި 27 ޖަނަވަރީ 2020 ގައި ހުށަހެޅިމައްސަލަ (ސިވިލ ކޯޓުގް ނަންބަރު 781/Cv-C/2020 ޤަޟިއްޔާ) ސިވިލް ކޯޓަށް ބެލުމުގެ އިޙްތިޞާޞް ލިބިފައިނުވާކަމަށް ނިންމާފައިވަނީ 09 ނޮވެންބަރު 2020 ގައި ކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅި ފޯމުގެ 7.9 ގައި
1.40 އިސްތިއުނާފު ރައްދުވާ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅި އއުތިރާޒުގި ރައްދުގެ ގޮތުގައި ހުށަހެޅި ބަޔާނުގެ 02 ވަނަ ނަންބަރުގައި "މައްސަލަ ހުށަހަޅަ ފޯމުގެ 7.9 ވަނަ ނުކުތާއަށް ބަލާލުމުން ވަރަށް ރަނގަޅަށް މައްސަލަ ހުށަހެޅި ފަރާތަށް ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި މައްސަލަ ހުށަހެޅިފައި ނުވާ ސަބަބު އެނގި ހާމަވާކަން ފާހަގަކުރަމެވެ. (ސިވިލ ކޯޓުގް ނަންބަރު 781/Cv-C/2020 ޤަޟިއްޔާގެ ޙުކުމް ޑޮކިއުމަންޓް 1 ގެ ގޮތުގައި ހިމަނާފައި) " މިފަދައިން
2.40 މައްސަލަ ހުށަހެޅުން ލަސްވި ސަބަބާ ގުޅޭގޮތުން އިސްތިއުނާފު ރައްދުވާ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅި އިއުތިރާޒް ގުޅިގެނާ އިސްތިއުނާފުކުރާ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް 03 މާރިޗު 2021 ގައި ދީފައިވާ ބަޔާނުގައި ވެސް ފާހަގަކޮށްފައިވާކަން އެނގެއެވެ.
41އިސްވެ މިފާހަގަކުރި ލިޔެކިޔުންތަކުން އެނގޭ ގޮތުގައި މިމައްސަލައިގައި މައްސަލަ ހުށަހެޅުން ލަސްވި ސަބަބު އިސްތިއުނާފުކުރާ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅިފައިވާ ކަމަށް އަހުރެންނަށް ބުރަވެއެވެ.
42އެހެންކަމުން މައްސަލަ ހުށަހެޅުން ލަސްވި ސަބަބު އިސްތިއުނާފުކުރާ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހަޅާފައި ނުވާކަމަށް ކަނޑައަޅާފައިވަނީ ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ގަވާއިދު 2015 ގެ 8 ވަނަ މާއްދާގެ (ނ) އާ އެއްގޮތަށް ކަމަށް ނުފނެ އެވެ.
43HN3ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނިންމުމަށް ބަލާއިރު، މައްސަލަ ނިންމާފައިވަނީ، މައްސަލަ ހުށަހެޅުން ލަސްވި ސަބަބެއް ބަޔާންކޮށް ހުށަހަޅާފައި ނުވާކަމަށް ބަލައިގެންނެވެ. އިސްތިއުނާފުކުރާ ފަރާތުން ހުށަހެޅި ސަބަބަކީ މަޤުބޫލު ސަބަބެއްތޯ ނުވަތަ ނންތޯއާމެދު ވަޒީފާއާބެހޭ ޓްރައިބިއުނަލުން ގޮތެއް ނިންމާފައި ނުވެއެވެ. އެހެންކަމުން އެ ސަބަބަކީ މަޤުބ ލ ސަބަބެއްތޯ ނުވަތަ ނޫންތޯ ހައިކޯޓުން ގޮތެއް ކަނޑައެޅުމަކީ ކުރެވިދާނެކަމެއް ކަމަށް އަހުރެންނަށް ނުފެނެއެވެ. މައްސަލައިގެ ބައެއް ވަކި މައްސަލައެއްގެ ގޮތުގައި ހުށަހެޅުމަށް އަންގާފައިވުން
44މި ނުކުތާގައި އިސްތިއުނާފުކުރާ ފަރާތުން ފާހަގަކޮށްފައިވަނީ، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނިންމުމުގައި، މައްސަލައިގައި އެދިފައިވާ ކަންކަމުގެ ތެރެއިން އެއްބައި ނުބެލޭނެ ކަމަށް ކަނޑައަޅައި، އަނެއްބައި ވަކި މައްސަލައެއްގެ ގޮތުގައި ހުށަހެޅުމަށް އެންގި އެންގުމަކީ ކޯޓުތަކުން ޢާންމުކޮށް ޢަމަލުކުރާ އުޞޫލުން ބޭރުން އަދި ހުށަހެޅިފައިވާ ހެއްކާއި ޤަރީނާތަކަށް ރިޢާޔަތްނުކޮށް ނިންމި ނިންމުމެއްކަމަށެވެ.
45HN4ހުށަހެޅިފައިވާ މައިގަނޑު މައްސަލައާ ސީދާ ގުޅުމެއް ނެތް ތަފާތު ފަރާތްތަކެއް ނުވަތަ ތަފާތު ދަޢުވާތަކެއް ހިމެނޭނަމަ ނުވަތަ އެމައްސަލައެއްގެ އިންސާފަށް އުނިކަމެއް އަތުވެދާނެތީ ނވަތު މައްސަލަ ހިންގުމުގެ ފަސޭހައަކަށްޓަކައި ނުވަތަ މައްސަލައިގެ ހުށަހެޅިފައިވާ ގޮތުން އޮޅުން ބޮޅނު ކުޑަ ކުރުންފަދަ ސަބަބުތަކަށްޓަކައި، މައްސަލައެއްގެ ބައެއް ވަކި މައްސަލައެއްގެ ގޮތުގައި ހުށަހެޅުމަށް ކޯޓަށް ނުވަތަ ޓްރައިބިއުނަލަކަށް އެންގދާނެ ކަމުގައި އަހުރެން ދެކެމެވެ. އެގޮތުން ގިނަ ދަޢުވާ ހިމެނޭހެން ހުށަހެޅިފައިވާ މައްސަލައެއްގެ ބައެއް ބަލައިނުގަނެވޭނެ ކަމަށް ނުވަތަ ކޯޓުގެ އިޚްތިޞާޞްނެތް ކަމަށް ކަނޑައެޅޭ ޙާލަތުގައި، ބާކީ ހުރި ދަޢުވާތައް ވަކިން ކުރިއަށް ގެންދިއުމަށް އެންގުމަކީ ޤާނޫނީ ނިޒާމުތަކުގައި ކޯޓަށް ލިބިދީފައި އޮންނަ އިޚްތިޔާރެކެވެ. މިއީ ދިވެހިރާއްޖޭގެ ޝަރުޢީ ނިޒާމުގައިވެސް ބަލައިގަނެ ޢަމަލުކުރަމުންދާ އުޞ ލެކެވެ. މިހާރު ޢަމަލުކުރަމުންދާ މަދަނީ އިޖުރާތުގެ ޤާނޫނުގެ ދަށުންވެސް މަނާކުރާ ކަމެއް ނ ނެވެ.
46މިމައްސަލައަށް ބަލާއިރު، މައިގަނޑު ތިން ފަރުވާއަކަށް އެދި ޝަހ މުޙައްމަދާ ޝަފީޤގު ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅި މައިގަނޑު ޝަކުވާއަކީ ވަޒީފާއިން ވަކިކޮށްނުދިނުމ ގުޅާ އަސާސްގެ މައްޗަށް ބިނާކޮށް ހުށަހެޅި ޝަކުވާއެކެވެ. ޓްރައިބިއުނަލުން ނިންމީ އެޝަކުވާ ބަލައިގަނެވެން ނެތްކަމުގައެވެ.
47ވަކި މައްސަލައެއްގެ ގޮތުގައި ހުށަހެޅުމަށް އަންގާފައިވަނީ އުޖ ރއަ ގުޅާ ޝަކުވާގެ މައްސަލައެވެ. އެއީ މައްސަލައިގެ ތެރެއިން އެދިފައިވާ ފަރުވާގެ ތެރޭގައި ވަޒީފާއިން ވަކިނުކޮށް ހުރި މުއްދަތަށް މުސާރަ އާއި ޢިނާޔަތް ހޯދުމަށް އެދިފައި އޮންނާތީ، އުޖ ރައާ ގުޅުންހުރި މައްސަލަތައް ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ގަވާއިދު 2015 ގެ 8 ވަނަ މާއްދާގެ (ހ)ގައި ބަޔާންކޮށްފައިވާ މުއްދަތު ފާއިތުވުމަށްފަހުވެސް ހުށަހެޅިދާނެކަމަށް ބަޔާންކޮށްފައި އޮންނަ އޮތުމަށް ރިޢާޔަތްކޮށެވެ. އެއީ، އުޖ ރއަ ގުޅާ ޝަކުވާ ވަކިން ހުށަހެޅުމަށް ބޭނުންވާނަމަ އެކަމަށް ފުރުޞަތުދިނުމުގ ގޮތުނެ ދީފައިވާ އިރުޝާދެކެވެ.
48ވަކިން ހުށަހެޅުމަށް އަންގާފައިވަނީ ޓްރައިބިއުނަލަށް ހުށަހެޅި މައްސަލަ ބިނާކުރި މައިގަނޑު މައުޟޫޢާ ސީދާ ގުޅުމެއް ނެތް، އަދި ވަކިން ކުރިއަށް ގެންދެވިދާނެފަދަ ބާވަތުގެ ޝަކުވާއަ ކެވެ. މައްސަލަ ބިނާކުރެ މައިގަނޑު ޝަކުވާ ކުރިއަށް ގެންދިއުމުގެ އިޚްތިސާސް ނެތްކަމުގައި ކަނޑައަޅައި އެ ޝަކުވާ ބަލައިނުގަތުމަށް ނިންމާފައިވާތީ، މިޙާލަތުގައި މި ޝަކުވާ ވަކިން ހުށަހެޅުމަށް އެންގުން މަނާކުރާ ސަބަބެއް އޮތްކަމަށް އަހުރެންނަށް ނުފެނެއެވެ. އަދި އެފަދައިން އެކަން ކުރުން މަނާކުރާ ޤާނޫނީ އަސާސެއް ނުވަތަ އުސ ލެއް ނަމަވެސް އިސްތިއުނާފު ކުރާ ފަރާތުން ބަޔާންކޮށްދީފައިނުވެއެވެ. އުޖ ރއަ ގުޅާ ޝަކުވާ ވަކި މުއްދަތެއްގެ ތެރޭގައި ހުށަހެޅުމަށް އަންގާފައިވުން
49HN5ވަޒީފާއިން ވަކިނުކޮށްހުރި މުއްދަތަށް މުސާރައާއި ޢިނާޔަތްތައް ހޯދުމުގެ ޝަކުވާ ވަކި މައްސަލައެއްގެ ގޮތުގައި ހުށަހަޅަން ބޭނުންކަމުގައިވާނަމަ އެ ނިންމުން ނިންމި ތާރީޚުން ފެށިގެން ރަސްމީ ބަންދު ނޫން 05 (ފަހެއް) ދުވަހުގެ ތެރޭގައި ހުށަހެޅުމަށް އަންގާފައިވަނީ، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ގަވާއިދު 2015 ގެ 8 ވަނަ މާއްދާގެ (ހ) އާ ޚިލާފަށް ކަމަށް އިސްތިއުނާފުކުރާ ފަރާތުން ފާހަގަކުރި ނުކުތާއަ ގުޅިގެން ބަލާއިރު؛
1.49 ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ގަވާއިދު 2015 ގެ 8 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރަނީ" ވަޒީފާއާބެހޭ ޤާނ ނުގައި އެހެންގޮތަކަށް ކަނޑައެޅިގެން ބަޔާންކޮށްފައި ނުވާނަމަ، ވަޒީފާއާގުޅޭ މައްސަލައެއް ނުވަތަ ޚިލާފެއް، އެ މައްސަލައެއް ނުވަތަ ޚިލާފެއް އުފެދުނު ތާރީޚުން ފެށިގެން 6 (ހައެއް) މަސްދުވަހުގެ ތެރޭގައި އެ މައްސަލަ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހަޅަންވާނެއެވެ. އެހެންނަމަވެސް އުޖ ރައާގުޅުންހުރި މައްސަލަތައް ހުށަހެޅުމަށް މި މާއްދާ ހުރަހެއްނާޅައެވެ. " މިފަދައިން ނެވެ.
2.49 މި މާއްދާއަށް ބަލާއިރު، އުޖ ރައާ ގުޅުންހުރި މައްސަލަތައް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅުމަށް ވަކި މުއްދަތެއް ކަނޑައަޅާފައި ނުވާކަން އެނގެން އޮންނާތީ، އެ މުއްދަތު މަހުދދު ކުރެވިދާނެ ކަމަށް ނުފެނެއެވެ. ވީމާ، ޓްރައިބިއުނަލުގެ ނިންމުމުގައި އުޖ ރއަ ގުޅާ މައްސަލަ ހުށަހެޅުމަށް 05 (ފަހެއް) ދުވަހުގެ މުއްދަތެއް ކަނޑައަޅާފައިވަނީ ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ގަވާއިދާ އެއްގޮތަށްކަމަށް ނުފެނެއެވެ.
ނިންމަން ފެންނަ ގޮތް
50ޝަހ މުޙައްމަދާ ޝަފީޤުގެ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅި މައްސަލަ ބަލައިނުގަތުމާ ގޮތެއް ނިންމާފައިވަނީ، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ގަވާއިދު 2015 ގެ 8 ވަނަ މާއްދާގެ (ނ) އާ އެއްގޮތަށް ކަމަށް ނުވާތީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 08/VTR/2021 މައްސަލައިގައި އެޓްރައިބިއުނަލުން ނިންމި ނަންބަރު VTR/IJ/2022/4-200 'އިޖުރާއީ ގޮތުން ނިންމިގޮތް' ބާޠިލުކޮށް، އެ މައްސަލަ ހުށަހެޅުން ލަސްވި ސަބަބު ކަމަށް އިސްތިއުނާފުކުރާ ފަރާތުން ފާހަގަކުރި ސަބަބުގެ މައްޗަށް ބަލައި މިމައްސަލަ އެޓްރައިބިއުނލުނަ ބެލުމާމެދު އަލުން ގޮތެއް ނިންމުމަށް މިމައްސަލަ ތަޙވީލުކުރް މަށު ފެނެއެވެ.
ފަނޑިޔާރު ފާޠިމަތު ފަރްހީޒާގެ ރައުޔާ
51މި މައްސަލައި ގައި، ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲ ގެ ރަޢުޔަށް އަހުރެން ތާޢީދު ކުރަމެވެ.
ފަނޑިޔާރު ދީބާނާޒް ފަހުމީގެ ރައުޔީ
52މި މައްސަލައިގައި، ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲ ގެ ރަޢުޔުގެ ނުކުތާ 45 އިން 49 އަށް ބަޔާންކުރައްވާފައިވާ ކަންކަންފިޔަވައި، އެހެން ނުކުތާތަކާއި ނިންމުމަށް ތާއީދު ކުރުމާއެކު، ތިރީގައިވާ ކަންކަން ފާހަގަކުރަމެވެ.
53HN6ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އަޙްމަދު ޝިޔާޛް އަދި އިތުރު ފަރާތްތަކެއް ވ. ފުރަނަ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް (2018/SC-A/31) ޤަޟިއްޔާގެ 13 ވަނަ ނުކުތާގައި، ކޯޓަށް މައްސަލައެއް ހުށަހެޅިފައިވަނިކޮށް، އެ މައްސަލައިގައި ހިމެނޭ ޚަޞްމުންގެ ފަރާތުން ހަމަ އެ ޚުޞމަތ ނުވަތާ އެކަމާބެހޭ ނުވަތަ މައުޟޢުއާގުޅޭ އެހެން މައްސަލައެއް އެ ކޯޓަށް ހުށަހަޅައިފިނަމަ، އެ ހުރިހާ މައްސަލަތައް ބަލަންވާނީ އެއްފަނޑިޔާރެއް ކަމުގައްޔާއި، އެ މައްސަލަތަކަށް ވަކިޤަޟިއްޔާ ނަންބަރުތަކެއް ދިންނަމަވެސް، ހުރިހާ މައްސަލައެއް އެކުއެކީގައި ނިންމައި، އެ މައްސަލަތައް ނިންމުމަށްޓަކައި ލިޔާނީ އެއްރިޕޯޓެއްކަމަށް ކަނޑައަޅުއްވާފައިވެއެވެ. އެހެންކަމުން، ކޯޓުތަކާއި ޓްރައިބިއުނަލްތަކުން މައްސަލަ ބެލުމުގެ ޢާއްމު އުޞ ލަކީ، ޚަޞްމަކު ހުށަހަޅާ މައްސަލައެއްގެ އެކިޤާނނީ ސުވާލުތައް ބައިބައިކޮށް، ވަކިވަކި ޤަޟިއްޔާތަކެއްގެ ގޮތުގައި ބެލުމުގެ ބަދަލުގައި، އެއްޚުޞމަތަކުން އުފަންވާ ހުރިހާ ޤާނޫނީ ސުވާލުތަކަށް އެއްމައްސަލައިގެ ތެރެއިން ނުވަތަ އެއްޤަޟިއްޔާގެ ތެރެއިން ޚަޞްމުންނަށް ޤާނޫނީ ޙައްލު ލިބިދިނުމާއެކު، އެއްމައްސަލައެއް ބައިބައިކޮށްގެން، އިތުރުފޯމުތަކުން ތަކުރާރުކޮށް ޚަޞްމުން މައްސަލަ ހުށަހަޅަންޖެހުން ދުރކުރުވަނިވު ގޮތުގެމަތިން ޢަމަލުކުރުން ކަމަށް ދެކެމެވެ.
އިސްތިއުނާފުކުރުމުގެ އިޖުރާއަތު ބަޔާންކޮށްދިނުން
54މި ޤަޟިއްޔާގައި ދިވެހިރާއްޖޭގެ ހައިކޯޓުން ޙުކުމް ކުރުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ ޙައްޤު މައްސަލައިގެ ޚަސްމުންނަށް ލިބިގެންވެއެވެ. އެގޮތުން އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ މުއްދަތަކީ ދިވެހިރާއްޖޭގެ ހައިކޯޓުން މި ޤަޟިއްޔާގައި ޙުކުމް ކުރާ
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ގަވާއިދު 2015 (ގަވާއިދު ނަންބަރު R-20/2015) ގެ 8 ވަނަ މާއްދާގެ (ހ) އަދި (ނ)
- ދިވެހި ސިވިލް ސަރވިސްގެ ގަވާއިދު 2014 ގެ 10 ވަނަ މާއްދާގެ (ހ) (ޓްރައިބިއުނަލުގެ ނިންމުމުގައި)
- ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާ، 142 ވަނަ މާއްދާ، 143 ވަނަ މާއްދާގެ (ރ) (އިސްތިއުނާފީ ނުކުތާގައި)
- ޤާނޫނު ނަންބަރު 13/2010 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގެ 5 ވަނަ މާއްދާ (އިސްތިއުނާފީ ނުކުތާގައި)
- މަދަނީ އިޖުރާއަތުގެ ޤާނޫނު
- ހައިކޯޓު 2015/HC-A/07 (އިސްމާޢީލް ޙިލްމީ ވ. މޯލްޑިވްސް ކަސްޓަމްސް ސަރވިސް)
- ސުޕްރީމް ކޯޓު 2018/SC-A/31 (އަޙްމަދު ޝިޔާޛް އަދި އިތުރު ފަރާތްތަކެއް ވ. ފުރަނަ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް)، 13 ވަނަ ނުކުތާ
- ސުޕްރީމް ކޯޓުގެ ޢާންމު ސިޓީ ނަންބަރު 2010/3 (ޓްރައިބިއުނަލަށް ހުށަހެޅުނު އިޢުތިރާޟުގައި)
- ސުޕްރީމް ކޯޓު 2019/SC-L/91 (އިސްތިއުނާފު ރައްދުވާ ފަރާތުގެ ބަހުސުގައި)
ޝަރީޢަތުގެ ވީޑިއޯ
ހައިކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.