ފްލޭގް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް ވ. ރ. ދުވާފަރު ކައުންސިލް
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- ރ. ދުވާފަރު މެޖިސްޓްރޭޓް ކޯޓު 20/E8C/2021
- ފަހުގެ ތާރީޚު
- ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް
ކޯ ޓާމްސް
ޚުލާޞާ
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ރ. ދުވާފަރު މަސްމާރުކޭޓުގެ ކުލި އެއްބަސްވުމުގައި ކައުންސިލުން ވަށާފާރު ނުރާނާ ތަން ބޭނުންކުރަން ނުދީފައިވާކަމަށް ބުނެ ކުއްޔަށް ހިފި ފަރާތުން ކުލި ދެއްކުން ހުއްޓާލުމުން އެއްބަސްވުން ބާޠިލުކޮށް ތަން ހަވާލުކުރަން އެންގުމަކީ ރަނގަޅު ނިންމުމެއްތޯ؛ އަދި ދަށު ކޯޓުގައި ނުނަގާ (ކައުންސިލުގެ ޤަރާރާއި ތަމްސީލުކުރުމުގެ ޙައިޘިއްޔަތާ ގުޅޭ) ނުކުތާއެއް ހައިކޯޓުގައި ނެގޭނެތޯ.
ނިންމުން
ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައިއިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 ޙުކުމް ތަންފީޛުކޮށް ނިމިފައިވީނަމަވެސް، ހުށަހެޅިފައިވާ އިސްތިއުނާފީ ނުކުތާތަކުގެ މައްޗަށް ގޮތެއް ނިންމައިދިނުމަށް އިސްތިއުނާފުކުރާ ފަރާތުން އެދިފައިވާތީ ހައިކޯޓުން އެ ނުކުތާތަކަށް ބަލައި ގޮތް ނިންމައިފިއެވެ.
HN2 ކޮންޓްރެކްޓެއްގެ ބައިވެރިން ޢަމަލުކުރަންޖެހޭނީ އެ ކޮންޓްރެކްޓުގައި ބަޔާންކޮށްފައިވާ ޝަރުޠުތަކާ އެއްގޮތަށެވެ. އެނޫން ގޮތަކަށް ޢަމަލުކުރެވޭނީ ކޮންޓްރެކްޓުގެ އަނެއް ބައިވެރިޔާ އޭނާގެ މައްޗަށް ލާޒިމްވާ ކަމަކަށް ދުލެއް ނުވަތަ ލުޔެއް ދީފިނަމައެވެ (ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 20 ވަނަ މާއްދާގެ (ހ)).
HN3 ކުއްޔަށް ދީފައިވާ ތަނަށް ދައްކަންޖެހޭ ކުލި ދެއްކުން ކުއްޔަށް ހިފާ ފަރާތުން (ކުއްޔަށް ދޫކުރި ފަރާތުން ލުޔެއް ދީފައި ނެތި) އަމިއްލައަށް ހުއްޓާލުމަކީ އެއްބަސްވުމުގެ ޖައުހަރީ މާއްދާއާއި މުޅި އެއްބަސްވުމުގެ މަޤްޞަދާ ޚިލާފުވުމެކެވެ. ކުލި ނުދައްކައި އެއްބަސްވުމުގައިވާ ލިޔުމުން އެންގުމާއި މުހުލަތު ދިނުމަށްފަހުވެސް ކުލި ނުދައްކައިފިނަމަ، އެއްބަސްވުމުގެ ބާޠިލުކުރުމުގެ މާއްދާގެ ދަށުން އެއްބަސްވުން ބާޠިލުކޮށް ތަން ހަވާލުކުރަން އެންގުމަކީ ރަނގަޅު ނިންމުމެކެވެ.
HN4 ކުއްޔަށް ދޫކުރި ފަރާތުން އެއްބަސްވުމާ ޚިލާފުވެފައިވާކަމަށް ބުނެ ކޯޓަށް ދާނެކަމަށް ސިޓީއިން އެންގުން ފިޔަވައި އިތުރު ފިޔަވަޅެއް ނާޅައި ކުލި ނުދައްކައި ހުރުމަކީ ކުލި ދެއްކުން ހުއްޓާލުމަށް ޤާނޫނީ ހަމައެއް ނޫނެވެ.
HN5 ކޯޓުތަކުގެ ޤާނޫނުގެ 32 ވަނަ މާއްދާގެ (ހ) އާއި ހައިކޯޓުގެ ގަވާއިދުގެ 44 ވަނަ މާއްދާގެ (ހ) ގެ ދަށުން ހައިކޯޓުން މައްސަލަތައް ބަލާނީ ދަށު ކޯޓުގައި ނުވަތަ ޓްރައިބިއުނަލްގައި ހުށަހެޅި ހެކިތަކާއި ދިފާޢުތައް އަސާސްކޮށްގެންނެވެ. ދަށު ކޯޓުގައި ފާހަގަނުކުރާ ނުކުތާއެއް ހައިކޯޓުގައި އަލަށް ނަގައިގެން ދަށު ކޯޓުގެ ޙުކުމުގެ ޞައްޙަކަން ބަލަންޖެހޭފަދަ އެކަށީގެންވާ ސަބަބެއް އިސްތިއުނާފުކުރާ ފަރާތުން ދައްކައިނުދީފިނަމަ، އެފަދަ ނުކުތާއެއްގެ މައްޗަށް ހައިކޯޓުން ނުބަލާނެއެވެ.
ވަކީލުންނާއި ފަނޑިޔާރުން
- ވަކީލުން
- —
- ބެންޗު
- ފަނޑިޔާރު މުޙައްމަދު ނިޔާޒް، ފަނޑިޔާރު ޙުސައިން މަޒީދު، ފަނޑިޔާރު ޙުޒައިފާ މުޙައްމަދު
- ރިޔާސަތު
- —
- ރައުޔު ލިޔުނު ފަނޑިޔާރު
- ފަނޑިޔާރު މުޙައްމަދު ނިޔާޒް · ތާއީދުކުރެއްވީ: ފަނޑިޔާރު ޙުސައިން މަޒީދު، ފަނޑިޔާރު ޙުޒައިފާ މުޙައްމަދު
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
1މިއީ، މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 20/E8C/2021 ޤަޟިއްޔާ އެކޯޓުން ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ ޚިލާފަށްކަމަށްބުނެ، ފްލޭގް ކޮންސްޓްރަކްޝަނސް ޕްރައިވެޓް ލިމިޓެޑް (މީގެ ފަހުން "ފްލޭގް ކޮންސްޓްރަކްޝަނސް" ނުވަތަ "އިސްތިއުނާފުކުރާ") ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ އުތުރު ގޮފީގައި އިސްތިއުނާފުކުރި ޤަޟިއްޔާއެކެވެ. މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު ކައުންސިލްގެ އިދާރާ (މީގެ ފަހުން "ދުވާފަރު ކައުންސިލްގެ އިދާރާ" ނުވަތަ "އިސްތިއުނާފު ރައްދުވާފަރާތް") އެވެ.
2ހައިކޯޓުގެ އުތުރު ގޮފީގެ ނަންބަރު: 22A/-N-HC/1202 ޤަޟިއްޔާގެ ގޮތުގައި 07 ސެޕްޓެންބަރު 2021 ގައި މިޤަޟިއްޔާ ރަޖިސްޓްރީކޮށްފައި ވަނިކޮށް، ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގ ކޯޓުތަކުގެ ޤާނޫނު) އަށް 4 ވަނަ އިސްލާޙު ގެނައުމުގެ ޤާނޫނުގެ ދަށުން، ހައިކޯޓުގެ އުތުރާއި ދެކުނުގައި ޤާއިމްކޮށްފައިވާ ހައިކޯޓުގެ ގޮފިތައް 71 ޖުލައި 2022 ދުވަހު އުވާލުމުން، އެދެ ގޮތްޕަށް ހުށަހެޅި ރަޖިސްޓްރީކޮށް ހިންގަމުން ގެންގޮސްފައިވާ އެންމެހާ މައްސަލަތައް ދިވެހިރާއްޖޭގެ ހައިކޯޓަށް ޤާނޫނީ ގޮތުން ބަދަލުވިއެވެ. މިޤަޟިއްޔާއަށް މިހާރު މިކޯޓުން ދީފައިވާ ޤަޟިއްޔާ ނަންބަރަކީ )22A/-N-HC/1(202 2022/HC-A/284 އެވެ. C-272/2006 ޤާނޫނު ނަންބަރު 2022/9 (ޤާނޫނު ނަންބަރު 2010/22 ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) އަށް 4 ވަނަ އިސްލާޙު ގެނައުމުގެ ޤާނޫނު މައްސަލައިގެ ހުލާސާ:
3މިއީ އެއްބަސްވުމާއި ޚިލާފުވުމުގެ މައްސަލައެކެވެ. ރ. ދުވާފަރު މަސްމާރުކޭޓް ކުއްޔަށް ދިނުމާއި ކުއްޔަށް ހިފުމުގެ އެއްބަސްވުމެއް ރ.ދުވާފަރު ކައުންސިލްގެ އިދާރާ އާއި ފްލޭގް ކޮންސްޓްރަކްޝަނސް އ ދެމެދު ވެފައިވެއެވެ. ކުއްޔަކީ، މަހަކު -/12000ރ. (ބާރަހާސް ރުފިޔާ) އެވެ. މިކުލި މީލާދީ ކޮންމެ މަހެއްގެ 10 ގެ ކުރިން ކުއްޔަށް ހިފިފަރާތުން ކުއްޔަށް ދޫކުރި ފަރާތަށް ދައްކަންޖެހޭކަމަށް ބަޔާންކޮށްފައިވެއެވެ.
4ރ. ދުވާފަރު މަސްމާރުކޭޓ ކުއްޔަށް ދޫކުރި މުއްދަތަކީ، 01 އޮގަސްޓް 2019 އިން ފެށިގެން 31 ޖުލައި 2025 ގެ ނިޔަލަށް 06 (ހައެއް) އަހަރުގެ ދުވަހެވެ. އެއްބަސްވުމުގައި ސޮއިކުރިދުވަހުނ ފެށިގެން ތަން ބެލެހެއްޓުމުގެ ޒިންމާ މަތިވެފައ އޮތި ފުލް ގޭ ކޮންސްޓްރަކްޝަނަށެވެ. ނަމަވެސް، އެއްބަސްވުމުގައި ސޮއިކުރިއިރު، މަސްމާރުކޭޓްގެ ސަރަޙައްދު ވަށާ ފާރު ލެވިފައި ނެތުމުން، 2020ވަނަ އހަރުގަ ނިޔަލަށް ވަށާފާރު ރޭނުމުގެ ޒިންމާ މަތިކޮށްފައި އޮތީ ދުވާފަރު ކައުންސިލށަވެ. އަދި މިމުއްދަތުގެ ތެރޭގައި ވަށާފާރު ނުލެވިއްޖެނަމަ، ގޮތް ނިންމާނީ ދެފަރާތުން މަޝްވަރާކުރުމަށްފަހު ކަމަށް މިއެއްބަސްވުމުގައި ބަޔާންކޮށްފައިވެއެވެ.
52019 ސެޕްޓެންބަރު މަހުން ފެށިގެން ފުލް ގޭ ކޮންސްޓްރަކްޝަނުން ކުއްޔެއް ނުދައްކައެވެ. އެހެންވެ، ފާއިތުވެދިޔަ 06 މަސްދުވަހުގެ ކުލީގެ ގޮތުގައި ދައްކަންޖެހޭ -/72000ރ. (ހަތްދިހަ ދެހާސް ރުފިޔާ) އާއި ޖޫރިމަނާގެ ގޮތުގައި ދައްކަންޖެހޭ -/2862ރ. (ދެހާސް އަށްސަތޭކަ ފަސްދޮޅަސް ދެރުފިޔާ) އާއި އެކު ޖުމްލަ އެއްބަސްވުމުގެ 10 ވަނަ މާއްދަގެ (ށ) އެއްބަސްވުމުގެ 4 ވަނަ މާއްދާގެ (ޅ) -/74862ރ. (ހަތްދިހަ ހަތަރުހާސް އަށްސަތޭކަ ފަސްދޮޅަސް ދެރުފިޔާ) 15 މާރިޗު 2020 ދުވަހުން ފެށިގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި ދެއްކުމަށް އަންގާ ދުވާފަރު ކައުންސިލްގެ ފަރާތުން ފްލޭގް ކޮންސްޓްރަކްޝަނސް އަށް 15 މާރިޗް 2020 ގައި ސިޓީ ފޮނުވިއެވެ.
6ދުވާފަރު ކައުންސިލްގެ ފަރާތުން ފޮނުވި ސިޓީއަށް 16 މާރިޗް 2020 ގައި ފްލޭގް ކޮންސްޓްރަކްޝަން ސްގ ފަރާތުން ޖަވާބު ދެމުން ބުނެފައިވަނީ، އެއްބަސްވުމާއި އެއްގޮތަށް ކުލި ދައްކާފައިނުވަނީ އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން ދެފަރާތުން ވާހަކަ ދައްކާ، އިމާރާތާއި ގޯތި ހަވާލުކުރުމުގެ ކުރިން ކައުންސިލުން ނިންމުމަށް އެއްބަސްވެފައިވާކަންކަނކަމުގް ތެރެއިން، ތަން ހަވާލުކުރުމުގެ ކުރިން ތަން ބޭނުންކުރެވޭނެ އިންތިޒާމް ހަމަޖައްސާފައިނުވާތީ އާއި މަސްމާރުކޭޓުގެ ގޯތިތެރެ ސާފުކޮށްފައިނުވާތީ އާއި އިންފާރުގެ މަސައްކަތްކޮށްފައިނުވުމުގެ އިތުރުން މަސްމާރުކޭޓުގެ ތިރި އާންމުންނަށް ބޭނުންކުރެވޭނެ އުސޫލު ފާސްކޮށްފައިނުވާތީ ކަމަށެވެ.
7ކަން އެހެން އޮތްކަމުގައި ވީނަމަވެސް، ކުންފުނީގެ ފަރާތުން ކައުންސިލަށް އެއްބާރުލުން ދިނުމުގެ ގޮތުން އެއްބަސްވުމުގައި ހިމަނާފައިވާ އެޑްވާންސް ފައިސާގެ އިތުރުން ދެ މަސްދުވަހުގެ ކުލި ދައްކާފައިވާނެކަމަށެވެ. އެހެންނަމަވެސް، އެއްބަސްވުމުގެ މަޤްސަދު ހާސިލްވާގޮތަށ ކައުންސިލުން ކަންކޮށްފައިނުވާތީ، ކުންފުނީގެ ފަރާތުން ދުވާފަރު ކައުންސިލާއެކ އިތުރު ފައިސާގެ މުޢާމަލާތެއްކޮށްފައިނުވާނެކަމަށާއި، އެއްބަސްވުމާއި ފުރަތަމަ ޚިލާފްވެފައިވަނީ ދުވާފަރު ކައުންސިލްގެ ފަރާތުންކަމުގައިވާތީ، ކުންފުނީގެ ފަރާތުން މަސައްކަތްކުރީ ދުވާފަރު ކައުންސިލަށް އެއްބާރުލުންދީ ކަންކަން ފުރިހަމަކުރެވެންދެން އިތުރު މުޢާމަލާތެއް ނުކުރުމަށްކަމަށެވެ. އަދި ޝަރުޢީ މަރުހަލާއަށ މައްސަލް ގެންދިއުމަށް ކުންފުނިން ގަސްދުކުރާކަމަށާއި، ދުވާފަރު ކައުންސިލްގެ ސިޓީގައި ހިމަނާފައިވާ ކަންކަން މުރާޖައާކުރުމަށްފަހު ދިމާވެފައިވާ މައްސަލަތަކަށް، އެއްބަސްވުމުގައި ވާފަދައިނަ މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު ކައުންސިލްގެ އިދާރާގެ ނަންބަރު CA/PRIV/2020/7-304 (15 މާރިޗް 2020) ގެ ސިޓީ ދެފަރާތުން މަޝްވަރާކުރުމަށް ދުވާފަރު ކައުންސިލުން އެދޭނަމަ ލިޔުމުން އެކަން އަންގާދިނުމަށްވެސް މިސިޓީގައި އެދިފައިވެއެވެ.
8ފްލޭގް ކޮންސްޓްރަކްޝަނސްގެ މިސިޓީއާއި ގުޅިގެން ދުވާފަރު ކައުންސިލްއިން 23 ޖޫން 2020 ގައި އެކުންފުންޏަށް ފޮނުވި ސިޓީގައި މަސްމާރުކޭޓުގެ ވަށާފާރު ރޭނުމުގެ މަސައްކަތް ކޮށްދިނުމަށް އެއްބަސްވުމުގެ 4 ވަނަ މާއްދާގެ (ޅ) ގައި ހިމަނާފައިވަނީ 2020 ވަނަ އަހަރުގެ ނިޔަލަށް އެކަންކުރުމަށްކަމށައި، އެމުއްދަތގު ތެރޭގައި އެކަން ނުކުރެވިއްޖެނަމަ ކަންކުރާނެގޮތްވެސް ހިމެނިފައިވާކަމަށާއި، ފްލޭގް ކޮންސްޓްރަކްޝަންސގް ސިޓީގައި ފާހަގަކުރައްވާފައިވާ ގޮތަށް ދުވާފަރު ކައުންސިލުން އެއްބަސްވުމާއި ޚިލާފަށް އެއްވެސްކަމެއް ކުރެވިފައިވާނަމަ އެކަން ސާބިތުކުރެއްވުމަށް 15 ޖުލައި 2020 ގެ ކުރިން މައްސަލަ ޝަރުޢީ ކޯޓަށް ހުށަހަޅައިގެން ކުރިއަށް ގެންދިއުމަށް ނުވަތަ ދެން ޢަމަލުކުރަން ގަސްދުކުރާ ގޮތެއް އަންގަވައިދިނުމަށް އެދިފައިވެއެވެ.
9ދުވާފަރު ކައުންސިލްގެ މިސިޓީއަށް ފްލޭގް ކޮންސްޓްރަކްޝަން ސްގެ ފަރާތުން އެއްވެސް ޖަވާބެއްދީފައިނުވާތީ، އެއްބަސްވުން ބާޠިލްކޮށް ވީހާވެސް އަވަހަކަށް އެތަން އެހެން ފަރާތަކަށް ކުއްޔަށް ދިނުމާއި ގުޅޭ ގޮތުން ދުވާފަރު ކައުންސިލްގެ 3 ވަނަ ދައުރުގެ 2020 ވަނަ އަހަރުގެ 27 ވަނަ އާއްމު ބައްދުލުވުމުގައި މަޝްވަރާކުރުމަށްފަހު ދެފަރާތް ދެމެދުވެފައިވާ އެއްބަސްވުމާއި އެއްގޮތަށް ޢަމަލުކުރުމަށް 01 އޮކްޓޫބަރު 2020 ގައި ނިންމިއެވެ.
10އެއަށްފަހު 28 ޑިސެންބަރު 2020 ގައި ދުވާފަރު ކައުންސިލްގެ ފަރާތުން ފްލޭގް ކޮންސްޓަރަކްޝަނސްއަށް ފޮނުވި ސިޓީގައި އެކައުންސިލްގެ ފަރާތުން ނިންމާފައިވަނީ އެއްބަސްވުމުގެ 10 ވަނަ މާއްދާގެ (ރ) އާއި ފްލޭގް ކޮންސްޓްރަކްޝަންސް ޕްރައިވެޓް ލިމިޓެޑްގެ ނަންބަރު FLG/DVC/2020/001 (16 މާރިޗް 2020) ސިޓީ މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު ކައުންސިލްގެ އިދާރާގެ ނަންބަރު CA/PRIV/2020/8-304 (23 ޖޫން 2020) ސިޓީ މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު ކައުންސިލްގެ އިދާރާގެ ނަންބަރު 2020/125-304 (N) (01 އޮކްޓޫބަރު 2020) ނިންމުން އެއްގޮތަށް ޢަމަލުކުރުމަށްކަމަށާއި، ފްލޭގް ކޮންސްޓްރަކްޝަންސް ގެ ފަރާތުން މައްސަލަ ޝަރުޢީ ކޯޓަށް ހުށަހަޅާނެކަމަށް ބަޔާންކޮށްފައިވީނަމަވެސް އެކަން ކޮށްފައިނުވތީއާއި، ކުލި ދައްކާފައިނުވާތީ، 10 ޖަނަވަރީ 2021 ގެ ކުރިން މަސްމާރުކޭޓުގައި ހުރި ފްލޭގް ކޮންސްޓްރަކްޝަނސްގެ ތަކެތި ހުސްކޮށް ދުވާފަރު ކައުންސިލާއި މަސްމާރުކޭޓު ހަވާލުކުރުމަށް ބުނެފައިވެއެވެ.
11ދުވާފަރު ކައުންސިލްގެ ފަރާތުން ފްލޭގް ކޮންސްޓްރަކްޝަނސް އަށް ފޮނުވި ސިޓީއާއި އެއްގޮތަށް ފްލޭގް ކޮންސްޓްރަކްޝަންސް ގެ ފަރާތުން ޢަމަލުކޮށްފައިނުވާތީ، ދެފަރާތް ދެމެދުވެފައިވާ އެއްބަސްވުމާއި ފްލޭގް ކޮންސްޓްރަކްޝަންސގެ ފަރާތުން ޚިލާފްވެފައިވާތ މިއެއްބަސްވުމަކީ ބާޠިލް އެއްބަސްވުމެއްކަމަށް ކަނޑައަޅައް ދުވާފަރު ކައުންސިލާއި މަސްމާރުކޭޓް ހަވާލުކުރުމަށް ފްލޭގް ކޮންސްޓްރަކްޝަނސްއަށް އަންގައި ދިނުމަށް އެދި ދުވާފަރު ކައުންސިލްގެ ފަރާތުން މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު މެޖިސްޓްރޭޓް ކޯޓަށް 07 ފެބްރުވަރީ 2021 ގައި މައްސަލަ ހުށަހެޅިއެވެ. މިމައްސަލަ ބަލާފައިވަނީ މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 20/E8C/2021 ޤަޟިއްޔާއިންނެވެ. މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު މެޖިސްޓްރޭޓް ކޯޓުން މައްސަލަ ނިންމިގޮތް:
12މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު ޤަޟިއްޔާ ގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލިއިރު، އެޤަޟިއްޔާ ނިންމާފައިވަނީ؛ "ދެންފަހެ "ރ.ދުވާފަރު މަސްމާރުކޭޓު" ކުއްޔަށް ދިނުމަށް ރ.ދުވާފަރު ކައުންސިލްގެ އިދާރާއާއި ފްލޭގް ކޮންސްޓްރަކްޝަންސ ޕްރައިވެޓް ލިމިޓެޑްއާއި ދެމެދު ވެފައިވާ ކުލީގެ އެއްބަސްވުމާއި، ފްލޭގް ކޮންސްޓްރަކްޝަންސ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ޚިލާފުވެފައިވާކަމަށްބުނެ އެއްބަސްވުން ބާޠިލްކަމަށް ކަނޑައަޅައިދިނުމަށް އެދި ރ.ދުވާފަރު ކައުންސިލު އިދާރާގެ ފަރާތުން ހުށަހަޅާފައިވާ މައްސަލާގައި އިސްވެ ފާހަގަކުރެވުނު އެންމެހާ ކަންތައްތަކަށް ރިޢާޔަތްކޮށް، މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު ކައުންސިލްގެ އިދާރާގެ ނަންބަރު CA/PRIV/2020/52-304 (28 ޑިސެންބަރު 2020) ސިޓީ "ރ.ދުވާފަރު މަސްމާރުކޭޓް" ކުއްޔަށް ދިނުމަށް ފްލޭގް ކޮންސްޓްރަކްޝަންސ ޕްރައިވެޓް ލިމިޓެޑް އާއި ރ.ދުވާފަރު ކައުންސިލްގެ އިދާރާއާއި ދެމެދު ވެފައިވާ އެއްބަސްވުމުގައި "ރ.ދުވާފަރު މަސްމާރުކޭޓް" ގެ ކުލީގެ ފައިސާ ދެއްކުމަށް އެއްބަސްވުމުގައި ކަނޑައަޅާފައިވާ ގޮތުގެ މަތިން ކުލީގެ ފައިސާ ފްލޭގް ކޮންސްޓްރަކްޝަންސ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދައްކާފައިނުވާކަން ޝަރީޢަތަށް ސާބިތުވާތީ، ދެފަރާތުގެ ދެމެދުގައި ވެވިފައިވާ ކުލީގެ އެއްބަސްވުމުގެ 10 ވަނަ މާއްދާގެ (ރ) އާއި ޙަވާލާދީ މިއެއްބަސްވުމަކީ ބާޠިލް އެއްބަސްވުމެއްކަމުގައި ކަނޑައަޅައި، މިއެއްބަސްވުމުގެ ދަށުން ކުއްޔަށް ދެވިފައިވާ "ރ.ދުވާފަރު މަސްމާރުކޭޓް" ގެ ޢިމާރާތުގެ ތެރޭގައި ހުރި ފްލޭގް ކޮންސްޓްރަކްޝަންސ ޕްރައިވެޓް ލިމިޓެޑްގެ އެންމެހާ މުދަލާއި ތަކެތި މިއަދުން (05 ޖުލައި 2021) ފެށިގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި ނެރެ ހުސްކުރުމަށާއި، ޢިމާރާތް (ތަޅުދަނޑިއާއިއެކު) ރ.ދުވާފަރު ކައުންސިލްގެ އިދާރާއާ ޙަވާލުކުރުމަށް ފްލޭގް ކޮންސްޓްރަކްޝަންސް ޕްރައިވެޓް ލިމިޓެޑްއަށް އަންގައި ޙުކުމްކޮށްފީމެވެ." މިފަދައިންކަން އެޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ. ފްލޭގް ކޮންސްޓްރަކްޝަންސގެ ފަރާތުން އިސްތިއުނާފުކޮށްފައިމިވަނީ މިޤަޟިއްޔާއެވެ. އިސްތިއުނާފީ ނުކުތާތައް:
13މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 20/E8C/2021 ޤަޟިއްޔާ ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި ޚިލާފަށްކަމަށް ބުނެ، ފްލޭގް ކޮންސްޓްރަކްޝަންސްގެ ފަރާތުން ތިރގައިވީ ނުކުތތަށާ ހުށަހަޅް އެނުކުތާތަކއާ ބެހޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. މގޮތުނި ހުށަހަޅާފައިވް ނުކުތާތަކަކީ:
1.13 ފުރަތަމަ ނުކުތާއަކީ: ރ.ދުވާފަރު މަސްމާރުކޭޓ ކުއްޔަށް ދިނުމަށް ރ.ދުވާފަރު ކައުންސިލްގެ އިދާރާއާއި ފްލޭގ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްއާއި ދެމެދު ވެފައިވާ ކުލީގެ އެއްބަސްވުމާއި، މިކުންފުނިން ޚިލާފުވެފައިވާކަމަށްބުނެ އެއްބަސްވުން ބާޠިލްކަމަށް ކަނޑައަޅާ ދިނުމަށް އެދި ރ.ދުވާފަރު ކައުންސިލްގެ އިދާރާގެ ފަރާތުން ހުށަހަޅާފައިވާ މައްސަލާގެ ވަށައިގެންހުރި ކަންކަމާއި، ވާޤިޢާތުތަކުގެ މައްޗަށް އެންމެ ފުރިހަމައަށް ރިޢާޔަތް ނުކުރައްވާ ހަމައެކަނި ދުވާފަރު ކައުންސިލްގެ އިދާރާއިން ކުލިނުދައްކާ ކަމަށްބުނެ ހުށަހެޅި ނުކުތާގެ މައްޗަށް ބެލިގނެ މިމައްސަލަ ނިންމުމުން ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ) އިން ލިބިދީފައިވާ އިންޞާފުވެރި ޝަރީޢަތެއް ލިބުމުގެ ޙައްޤުން މިކުންފުނި މަޙްރޫމްވެފައިވާކަމަށްބުނެ ހުށަހެޅި ނުކުތާއެވެ.
2.13 ދެވަނަ ނުކުތާއަކީ: ރ.ދުވާފަރު ކައުންސިލްގެ އިދާރާއިން ހުށަހެޅި މައްސަލަ ރ.ދުވާފަރު މެޖިސްޓްރޭޓް ކޯޓަށް ބަލައިގަނެ ރ.ދުވާފަރު މެޖިސްޓްރޭޓު ކޯޓުގައި ހިންގައިފައިވަނީ މައްސަލަތައް ބަލައިގަތުމާއި ހިންގުމުގައި ޢަމަލުކުރަންޖެހޭ އިޖުރާއަތުތަކާއި ޚިލާފަށްކަމަށްވާތީ، މިމައްސަލާގައި ޢަދުލު އިންސާފުޤާއިމްވެފައިނެތްކަމަށްބުނެ ހުށަހެޅި ނުކުތާއެވެ.
އިސްތިނާފުކުރާ ފަރާތުން ދެއްކި ވާހަކަތައް
14އިސްތިއުނާފު ކުރާ ފަރާތު ން އިސްތިއުނާފީ ނުކުތާ ތަފްޞީލްކޮށް އިސްތިއުނާފީ ފޯމުގައި ބަޔާންކޮށްފައިވެއެވެ. މިމޭރުމުން ޝަރީޢަތުގެ މަޖިލީހުގައިވެސް އެނުކުތާތަކާއި ގުޅިގެން ދެއްކި ވާހަކަތަކަކީ މިމައްސަލާގަ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގައި ހިމެނޭނެ ބައެއްކަމަށްވާތީ، ޙުލާސާ ގޮތެއްގައި އެކަންކަން ބަޔާންކުރާނމެވެ.
1.14- މިމައްސަލާގެ އިސްތިއުނާފީ ނުކުތާތައް ހުށަހެޅުމުގެ ކުރިން، އިސްތިއުނާފުކުރެވިފައިވާ މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 20/E8C/2021 ޤަޟިއްޔާގެ ޙުކުމް މިހާރު ތަންފީޛުވެ ނިމިފައިވާކަމަށް އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވެއެވެ. އެގޮތުން ދުވާފަރު މަސްމާރުކޭޓު މިހާރު ވަނީ ދުވާފަރު ކައުންސިލްގެ އިދާރާއާއި ޙަވާލުކުރެވިފައިވާކަމަށް އިސްތިއުނާފުކުރާ ފރާތުނަ ބުނެފައިވެއެވެ. އެއަށްފަހު ފުރަތަމަ ނުކުތާގެ ތަފްސީލްގައި ވާހަކަ ދައްކަމުން އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވަނީ ދެފަރާތް ދެމެދުވެފައިވާ އެއްބަސްވުމުގެ 2 ވަނަ މާއްދާގެ (ނ) ގައި ދުވާފަރު މަސްމާރުކޭޓް މާނަކޮށްދީފައިވަނީ މަސްމާރުކޭޓު މުޅި ޢިމާރާތާއި ގޯތީގެ ސަރަޙައްދު ހިމެނޭގޮތަށްކަމަށާއި، އެހެންނަމަވެސް ދެފަރާތް ދެމެދުވެފައިވާ އެގްރީމަންޓް ބާޠިލްކޮށް މިމައްސަލަ ނިމުމާ ހަމައަށްވެސް ފްލގޭ ކޮންސްޓްރަކްޝަނސްއަށް މަސްމާރުކޭޓްގެ ގޯތި ތެރެވެސް އަދި މަސްމާރުކޭޓްގެ ބައެއް ތަންތަންވެސް ބޭނުންކުރަން ނުލިބޭ ކަމަށެވެ. އަދި މަސްމާރުކޭޓުގެ ވަށާ ފާރު ރާނާފައިނުވާތީ، ގޯތި ތެރޭ ބަހައްޓާފއަ ހުންނަ ބައެއް ތަކެތި ގެއްލޭކަމަށާއި، ވަށާފާރު ރާނަނ ބުނުމުން ކައުންސިލްގެ އިދާރާގެ ފަރާތުން ބުނެފައިވަނީ އެކަން މިހާރު ކޮށްދެވެން ނެތްކަމަށެވެ. އަދި މިމައްސަލާގައި އެހާ ދިގުކޮށް ވާހަކަ ދައްކަނާ މިވަގުތު ބޭނުންނުވާކަމަށާއި، މައްސަލާގައި ހުށަހަޅާފައި ހުރި ލިޔެކިޔުންތަކުގެ މައްޗަށް ރިޢާޔަތްކޮށްދީ މައްސަލަ ނިންމަވައިދެއްވުމަށ އެދް ކަމަށެވެ. އަދި އިސްތިއުނާފުކުރާ ފަރާތުން މިހާރު ދުވާފަރު މެޖިސްޓްރޭޓް ކޯޓުން ކޮށްފައިވާ ޙުކުމާއި އެއްގޮތަ ށ ތަން ހަވާލުކޮށްފައިވާތީ، މިމައްސަލާގައި މާގިނަ ވާހަކަ ދައްކަން ބޭނުންނުވާކަމަށާއި، އިސްތިއުނާފުކުރާ ފަރާތުން ބޭނުންވަނީ މިހުށަހަޅާފައިވާ އޮތްގޮތްތައް ޙުކުމެއް ޝަރީޢަތުން ކޮށްދެއްވުން ކަމަށެވެ.
2.14- އިސްތިއުނާފުކުރާ ފަރާތުގެ ދެވަނަ ނުކުތާގެ ތަފްސީލްގައި ބުނެފައިވަނީ ކައުންސިލްގެ ފަރާތުން ޝަރީޢަތުގެ މަޖިލީހަށް މައްސަލައެއް ހުށަހަޅަން ބޭނުންވެއްޖެނަމަ އެކަން ކުރަންޖެހޭނީ ކައުންސިލްގެ ޤަރާރަކުންކަމަށާއި، މިމައްސަލަ ދުވާފަރު މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅަން ކައުންސިލްގެ ޤަރާރަކުން ނިންމިކަން އެނގޭނެ އެއްވެސް ލިޔުމެއް ދުވާފަރު މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައި ނުވާކަމަށެވެ. އަދި މައްސަލާގައި ދުވާފަރު ކައުންސިލް ތަމްސީލްކުރުމަށ ޝަރީޢަތަށް ޙާޟިރުވެފައިވ ފަރާތަކާ ކައުންސިލް ތަމްސީލްކުރުމުގެ ޝަރުޢީ އަދި ޤާނޫނީ އެއްވެސް ޙައިޘިއްޔަތެއް ލިބިގެންވާ ފަރާތެއް ނޫންކަމަށާއި، އެޙައްޤު އެފަރާތަށް ލިބިފައި އޮތްކަމުގެ އެއްވެސް ލިޔުމެއް ދުވާފަރު މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައި ނުވާކަމަށެވެ. އަދި މިކަންކަމަކީ އިސްތިއުނާފުކުރާ ފަރާތުން ދުވާފަރު މެޖިސްޓްރޭޓް ކޯޓުގައި ފާހަގަކޮށްފައިވާ ކަންކަމެއްނޫންކަމަށާއި، އެކަންކަން ފާހަގަކުރެވިފައިނވަނު މައްސަލީ ނިމުމާއި ހަމައަށްވެސް އެކަން އިސްތިއުނާފުކުރާ ފަރާތަށް ނޭނގި އޮތުމުން ކަމަށެވެ.
އިސްތިއުނާފުކުރާ ފަރާތުން އެދޭގޮތް
15އިސްތިއުނާފުކުރާ ފްލޭގް ކޮންސްޓްރަކްޝަންސގެ ފަރާތުން މިމައްސަލާގައި އެދިފައިވަން މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 20/E8C/2021 ޤަޟިއްޔާގައި ޙުކުމްކޮށްފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އުސޫލްތަކާއި ޚިލާފަށްކަމަށް ފެންނާތީ، މިމައްސަލާގައި ރ. ދުވާފަރު މެޖިސްޓްރޭޓް ކޯޓުން ކޮށްފައިވާ ޙުކުމް ބާޠިލްކޮށް ދެއްވާ މައްސަލަ ނިންމަވާދެއްވުމަށެވެ. އިސްތިއުނާފު ރައްދުވާ ފަރާތު ން ދެއްކި ވާހަކަތައް.
16އިސްތިއުނާފު ރައްދުވާ ފަރާތުން އިސްތިއުނާފީ ނުކުތާތަކުގެ ޖަވާބު ތަފްޞީލްގޮތެއްގައި ލިޔުމުން ހުށަހަޅާފައިވެއެވެ. އަދި މިމައްސަލައިގެ ޝަރީޢަތުގެ މަޖިލީހުގައިވެސް އެނުކުތާތަކާއި ގުޅިގެން ވަރަށް ތަފްސީލްކޮށް ވާހަކާ ދައްކާފައިވެއެވެ. އެވާހަކަތައް ތަފްސީލްކޮށް ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގައި ހިމެނޭނެތީ، ޙުލާސާ ގޮތެއްގައި އެކަންކަން ފާހަގަކުރަމެވެ.
1.16- އިސްތިއުނާފު ރައްދުވާ ފަރާތުން ފުރަތަމަ ނުކުތާގެ ތަފްސީލްގައި މައިގަނޑު ގޮތެއްގައި ބުނެފައިވަނީ ދެފަރާތް ދެމެދު ވެފައިވާ އެއްބަސްވުމާއި އެއްގޮތަށް މަސްމާރުކޭޓުގެ އިމާރާތާއި ގޯތީގެ ބޭނުން ނުކުރެވޭކަމަށް ބުނެފައިވާއިރު، އެއްބަސްވުމުގައިވާ ގޮތުގެ މަތިން މަސްމާރުކޭޓުގައ ހިންގި ފިހާރައާއި ހޮޓާ ހިންގުމަށް ބޭނުންވާ ތަކެތި ހޯދުމަކީ ކުއްޔަށް ހިފާ ފަރާތުގެ ޒިންމާއެއްކަމަށާއި، އަމިއްލައަށް ކުރަންޖެހޭ ކަމެއް ނުކުރެވިގެން ތަނުގެ ބޭނުންކޮށް މަންފާއެއް ޙާސިލް ނުކުރެވުމަކީ އިސްތިއުނާފު ރައްދުވާ ފަރާތުން އެކަމުގެ ޒިންމާ ނަގަންޖެހޭނެ ކަމެއް ނޫންކަމަށެވެ. އަދި ކުއްޔަށް ހިފިތާ 2 މަސް ތެރޭ ތަނުގެ ބޭނުން ނުކުރެވޭކަމަށްބުނެ ކުލި ދެއްކުން ހުއްޓާލި ޤާނޫނީ ކޮން ހަމައަކުންކަން އިސްތިއުނާފުކުރާ ފަރާތުން ބަޔާންކޮށްދީފައިނުވާކަމަށެވެ. އެއްބަސްވުމުގެ 4 ވަނަ މާއްދާގެ (ޅ) ގައި މަސްމާރުކޭޓުގެ ވަށާފާރު ރާނާ ނިންމަންޖެހޭނީ 2020 ވަނަ އަހަރުގެ ނިޔަލަށްކަމަށް ބަޔާންކޮށްފައިވާކަމަށާއި، އެމުއްދަތު ހަމަވުމުގެ ކުރިން ވަށާފާރު ނުލެވިގެން އިސްތިއުނާފުކުރާ ފަރާތަށް އިމާރާތް ބޭނުން ނުކުރެވޭކަމަށް ބުނުމަކީ ހަމަޖެހޭ ވާހަކައެއްނޫންކަމަށެވެ. އިސްތިއުނާފުކުރާ ފަރާތާ ނ 2019 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށގެނި ކުލި ދައްކަމުންނުދާތީ ކުލި ދެއްކުމަށް އެންގުމުންވެސް ކުލި ދައްކާފައިނުވާކަމަށާއި، އެހެންކަމުން އެއްބަސްވުން ބާޠިލްކުރުމަށް ނިންމާފައިވަނީ އެއްބަސްވުމުގެ 22 ވަނަ މާއްދާގެ (ހ) ގެ ދަށުން އެއްބަސްވުން ބާޠިލްކުރަން އިސްތިއުނާފު ރައްދުވާ ފަރާތަށް ލިބިދީފައިވާ އިޚްތިޔާރުގެ ދަށުންކަމަށެވެ.
2.16- އިސްތިއުނާފީ ދެވަނަ ނުކުތާގެ ރައްދުގައި އިސްތިއުނާފު ރައްދުވާ ފަރާތުން ބުނެފައިވަނީ އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިވާ ދެވަނަ ނުކުތާގައި ޙިލާފުވެފައިވާ ޤާނޫނެއް، ގަވާއިދެއް ބަޔާންކޮށްދީފައިނުވާކަމަށެވެ. އެހެންކަމުން މިނުކުތާއަކީ އިސްތިއުނާފ ނުކުތާއެއްގައި ހުންނަންޖެހޭ ޝަރުތު އުނިވެފައިވާ ނުކުތާއެއްކަމުނ މިއް ބަލައިގަނެވޭނީ ނުކުތާއެއް ނޫންކަމަށެވެ. އިސްތިއުނާފު ރައްދުވާ ފަރާތުން އެދޭގޮތް:
17މިމައްސަލައިގައި މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު ކައުންސިލްގެ އިދާރާގެ ފަރާތުން އެދިފައިވަނީ މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 20/E8C/2021 ޤަޟިއްޔާ ނިންމާފައިވަނީ ޤާނޫނީ އަދި ޝަރުޢީ އުސޫލުތަކާއި ޚިލާފަށްނޫންކަމަށް ކަނޑައަޅުއްވައިދެއްވައި، އެކޯޓުން ކުރައްވާފައިވާ ޙުކުމް ބާޠިލްކުރާނެ ތަނެއް ނެތްކަމަށް ކަނޑައަޅުއްވައި ދެއްވުމަށެވެ. ޝަރީޢަތަށް ފާހަގަކުރެވުނު ކަންކަން:
18މިމައްސަލައާއި ގުޅިގެން މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 20/E8C/2021 ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓަށާއި، އެ މައްސަލަ އިސްތިއުނާފު ކުރުމަށް ފްލޭގް ކޮންސްޓްރަކްޝަނސް ގ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާތަކާއި ގުޅިގެން ދެފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި އެންމެހައި ލިއުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް ޝަރީޢަތަށް ފާހަގަކުރެވެއެވެ.
19އިސްތިއުނާފުކުރެވިފައިވާ ޤަޟިއްޔާގެ ޙުކުމާއި އެއްގޮތަށް ރ.ދުވާފަރު މަސްމާރުކޭޓު، ދުވާފަރު ކައުންސިލާއި ޙަވާލުކޮށްފައިވާކަމަށާއި، އެހެންކަމުން އިސްތިއުނާފުކުރެވިފައިވާ މައްސަލައިގައި މާގިނަ ވާހަކަތަކެއް ދަންކަން ނެތްކަމަށާއި، އިސްތިއުނާފުކުރާ ފަރާތުން ބޭނުންވަނީ ހުށަހެޅިފައިވާ އޮތްގޮތަށް މައްސަލައިގެ ޙުކުމެއް ކޮށްދެއްވުމަށްކަމަށް އިސްތި އުނާފުކުރާ ފަރާތުން މިމައްސަލައިގައި ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ބުނެފައިވެއެވެ.
20HN1މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 20/E8C/2021 ޤަޟިއްޔާގެ ޙުކުމާއި އެއްގޮތަށް ދުވާފަރު މަސްމާރުކޭޓް ދުވާފަރު ކައުންސިލާއި ޙަވާލުކޮށް، ޙުކުމް ތަންފީޛްކޮށް ނިމިފައިވީނަމަވެސް، ހުށަހެޅިފައިވާ އިސްތިއުނާފީ ނުކުތާތަކުގެ މައްޗަށް ބިނާކޮށް މައްސަލައިގައި ގޮތެއް ނިންމާދިނުމަށް އިސްތިއުނާފުކުރާ ފަރާތުން އެދިފައިވާތީ ތިރީގައިވާ ކަންކަނަ ފާހަގަކުރަމެވެ.
އިސްތިއުނާފީ ފުރަތަމަ ނުކުތާ
21އިސްތިއުނާފުކުރާ ފަރާތުން މައިގަނޑު ގޮތެއްގައި ފާހަގަކުރަނީ، އެފަރާތަށް އެއްބަސްވުމާއި އެއްގޮތަށް ދުވާފަރު މަސްމާރުކޭޓުގެ އިމާރާތާއި ގޯތި ބޭނުންކުރަން ލިބިފައިނުވާތީ އެޝަކުވާއެވެ. އެއްބަސްވުމާއި އެއްގޮތަށް 2 މަސްދުވަހުގެ ކުލި ދެއްކުމަށްފަހު ކުލި ދެއްކުން ހުއްޓާލީވެސް މިސަބަބަށްޓަކައިކަމަށް އިސްތިއުނާފުކުރާ ފަރާތުން ބުނެއެވެ. އަދި އޭގެ ފަހުން އެއްބަސްވުން ބާޠިލްކުރުމަށް ކޯޓަށް މައްސަލަ ހުށަހެޅުމާއި ހަމައަށްވެސް އިސްތިއުނާފުކުރާ ފަރާތުން ކުލި ދައްކާފައިނުވާކަން އެނގެއެވެ. 17 ނޮވެންބަރު 2022 ދުވަހު ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީ ޢަތުގެ މަޖިލީހުގައި ދީފައިވާ ބަޔާން
22HN3ދެފަރާތް ދެމެދު ވެފައިވާ އެއްބަސްވުމުގެ 10 ވަނަ މާއްދާގެ (ރ) ގައި ކުލީގެ ފައިސާ ނުދައްކައި ވިދިވިދިގެން 3 މަސް ދުވަސް ހަމަވެއްޖެނަމަ 7 ދުވަހުގެ ތެރޭގައި ފައިސާ ދެއްކުމަށް، ކުއްޔަށް ދޫކުރާ ފަރާތުން ކުއްޔަށްހިފި ފަރާތަށް ލިޔުމަކުން އަންގަންވާނެކަމާއި، މިގޮތަށް ލިޔުމަކުން އަންގާ، 7 ދުވަހުގެ މުހުލަތެއް ދިނުމަށް ފަހުގައިވެސް މަސްމާރުކޭޓުގ ކުލީގެ ގޮތުގައެ ދައްކަންޖެހި ފައިސާ ނުދައްކައިފިނަމަ، އިތުރު އެންގުމަކާއި ނުލައި މި އެއްބަސްވުމުގެ ދަށުން ކުރެވިފައިވާ މުޢާމަލާތް ބާޠިލްކޮށް، އެހާ ހަމައަށް ދައްކަންޖެހޭ ކުލީގެ ފައިސާއާއި ޖޫރިމަނާގެ ފައިސާ ހޯދުމަށާއި، ރ.ދުވާފަރު މަސްމާރުކޭޓު ކުއްޔަށް ދޫކުރި ފަރާތަށް އަނބުރާ ދައްކާފައިނުވާނަމަ، ރ. ދުވާފަރު މަސްމާރުކޭޓު ކުއްޔަށް ހިފި ފަރާތުން އަނބުރާ ނެގުމަށާއި، ކުލީގެ ފައިސާ އާއި ޖރޫމަނާގ ފައިސާގެ އިތުރުން އެހެން ފައިސާއެއް ދައްކަންޖެހޭނަމަ އެފައިސާއެއް ހޯދުމަށް މައްސަލަ ޝަރީޢަތަށް ފޮނުވުމުގެ އިޚްތިޔާރު ކުއްޔަށް ދިން ފަރާތަށް ލިބިގެންވާކަމަށް ބަޔާންކޮށްފައިވެއެވެ.
23HN4މިގޮތުން ދުވާފަރު ކައުންސިލްގެ އިދާރާއިން، އިސްތިއުނާފުކުރާ ފަރާތުން ކުލި ދައްކަމުން ނުދާތީ، އެހާތަނަށް ދައްކަންޖެހޭ ކުލި ދެއްކުމަށް އަންގާ ފުރަތަމަ ސިޓީ ފޮނުވާފައިވަނީ 15 މާރިޗް 2020 ގައެވެ. އަދި އެސިޓީގެ ޖަވާބުގައި އިސްތިއުނާފުކުރާ ފަރާތުން ކުލި ދައްކަމުން ނުދަނީ ކައުންސިލްގެ އިދާރާގެ ފަރާތުން ވށާފާރު ރނަ ދީފައިނުވާތީކަމަށާއި، އެއްބަސްވުމާއި ދުވާފަރު ކައުންސިލްގެ އިދާރާގެ ފަރާތުން ޚިލާފްވެފައިވާތ މައްސަލީ ކޯޓަށް ހުށަހަޅާނެކަމަށްބުނެ ސިޓީ ފޮނުވާފައިވީ ނަމަވެސް، ފްލޭގް ކޮންސްޓްރަކްޝަންސްގެ ފަރާތުން އެސިޓީ ފޮނުވުން ފިޔަވައި އިތުރުކަމެއް ކޮށްފައިވާ ކަމެއް ހުށަހެޅިފައިވާ ލިޔުންތަކަށާއި، ދައްކާފައިވާ ވާހަކަތަކަށް ބެލެމުން އެނގޭކަށް ނެތެއެވެ. އަދި އޭގެ ފަހުންވެސް ދުވާފަރު ކައުންސިލްގެ އިދާރާގެ ފަރާތުން ކުއްޔާއި ގުޅިގެން ފްލޭގް ކޮންސްޓްރަކްޝަންސްއަށް ސިޓީ ފޮނުވާފައިވެއެވެ. އަދި އެއްބަސްވުން ބާޠިލްކޮށް ތަންހޯދުމަށް ދުވާފަރު ކައުންސިލްގެ ފަރާތުން ކޯޓަށް ހުށަހަޅާފައިވަނީ އޭގެ ފަހުންކަން ހުށަހެޅިފައިވާ ލިޔުންތަކަށް ބެލުމުން އެނގެން އޮވެއެވެ.
24HN2އެއްބަސްވުމުގެ ބައިވެރިން ޢަމަލުކުރަންޖެހެނީ އެ އެއްބަސްވުމުގެ ބަޔާންކޮށްފައިވާ ޝަރުތުތަކާ އެއްގޮތަށްކަމާއި، އެނޫން ގޮތަކަށް ޢަމަލުކުރެވޭނީ ކޮންޓްރެކްޓުގެ އަނެއް ބައިވެރިޔާ އޭނާގެ މައްޗަށް ލާޒިމްވާކަމަކަށ ދުލެއް ނުވަތް ލުޔެއް ދީފިނަމަކަނ ޤާނޫން ނަންބަރު 91/4 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 20 ވަނަ މާއްދާގެ (ހ) އިން އެނގެން އޮންނައިރު، މިމައްސަލާގައި ކުއްޔާއި ގުޅިގެން އެއްވެސް ލުޔެއް އިސްތިއުނާފުކުރާ ފަރާތަށް ދީފައިވާކަން އެނގެން ނެތްކަމާއި، ކުލި ދެއްކުން ހުއްޓާލީ އިސްތިއުނާފުކުރާ ފަރާތުން އަމިއްލައަށްކަން އިސްތިއުނާފުކުރާ ފަރާތުގެ ބަހުންވެސް އެނގެން އޮވެއެވެ. ކުއްޔަށް ދީފައިވާ ތަނަށް ދައްކަންޖެހޭ ކުލި ދެއްކުން ކުއްޔަށްހިފާ ފަރާ ތުން ހުއްޓާލުމަކީ އެއްބަސްވުމުގެ ޖައުހަރީ މާއްދާ އަދި މުޅި އެއްބަސްވުމުގެ މަޤްސަދާއި ޚިލާފްވުމެވެ. އެހެންކަމުން އިސްތިއުނާފުކުރެވިފައިވާ މައްސަލައިގައި މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 20/E8C/2021 ޤަޟިއްޔާގައި އެއްބަސްވުމާއި ޚިލާފްވީ އިސްތިއުނާފުކުރާ ފަރާތުންކަމަށް ކަނޑައަޅައި، އެއްބަސްވުން ބާޠިލްކޮށް ތަން ހަވާލުކުރުމަށް އިސްތިއުނާފުކުރާ ފަރާތަށް އަންގާފައިވަނީ ރަނގަޅަށްކަމަށް އަހުރެންނަށް ޤަބޫލުކުރެވެއެވެ.
އިސްތިއުނާފު ދެވަނަ ނުކުތާ
25އިސްތިއުނާފީ ދެވަނަ ނުކުތާގައި އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވަނީ މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު މެޖިސްޓްރޭޓް ކޯޓުގައި އިސްތިއުނާފުކުރެވިފައިވާ މައްސަލަ ބަލައިގަނެ ހިންގާފައިވަނީ މައްސަލަތައް ބަލައިގަތުމާއި ހިންގުމުގައި ޢަމަލުކުރަންޖެހޭ އިޖުރާއާތުތަކާއި ޚިލާފަށްކަމަށެވެ. އަދި މިނުކުތާ އިތުރަށް ތަފްސީލްކުރަމުން އިސްތިއުނާފުކުރާ ފަރާތުން އިތުރަށް ފާހަގަކޮށްފައިވަނީ ދުވާފަރު ކައުންސިލްގެ އިދާރާއިން މައްސަލައެއް ކޯޓަށް ހުށަހަޅަން ވެއްޖެނަމަ މައްސަލަ ހުށަހަޅަންޖެހޭނީ ދުވާފަރު ކައުންސިލްގެ ޤަރާރަކުންކަމަށާއި، އަދި ކައުންސިލް ތަމްސީލްކުރުމަށް އައްޔަންކުރާ ފަރާތްވެސް ޢައްޔަންކުރަންޖެހޭނީ ކައުންސިލްގެ ޤަރާރަކުންކަމަށް ބުނެ ހުށަހެޅި ނުކުތާއަކީ ދަށު ކޯޓުގައި އިސްތިއުނާފުކުރާ ފަރާތުން އެއްވެސް ވަރަކަށް ފާހަގަކޮށްފައިވާ ނުކުތާއެއް ނޫންކަމަށް އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވެއެވެ.
26HN5ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގ ކޯޓުތަކުގެ ޤާނޫނު) ގެ 32 ވަނަ މާއްދާގެ (ހ) އާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ގަވާއިދުގެ 44 ވަނަ މާއްދާގެ (ހ) ގައި ހައިކޯޓުން މައްސަލަތައް ބަލާނީ ދަށު ކޯޓުގައި ނުވަތަ ޓްރައިބިއުނަލްގައި ހުށަހެޅި ހެކިތަކާއި ދިފާޢުތަކަކީ އަސާސްކަމުގައި ބަލައިގެން ކަމުގައި ބަޔާންކޮށްފައިވެއެވެ. އިސްތިއުނާފުކުރާ ފަރާތުން އިސްތިއުނާފީ ދެވަނަ ނުކުތާގެ ގޮތުގައި ފާހަގަކޮށްފައިވާ ކަންކަމަކީ ރ.ދުވާފަރު މެޖިސްޓްރޭޓު ކޯޓުގައި އެއްވެސް ވަރަކަށް ފާހަގަކޮށްފައިވާ ނުކުތާއެއްނޫންކަމަށް އިސްތިއުނާފުކުރާ ފަރާތުން ބަޔާންކޮ ށްފައިވާއިރު، ދަށު ކޯޓުގައި ފާހަގަނުކުރާ ކަމެއް ހައިކޯޓުގައި އަލަށް ފާހަގަކޮށް، އެނުކުތާގެ މައްޗަށް ބިނާކޮށް ދަށު ކޯޓުގެ ޙުކުމުގެ ޞައްޙަކަމުގެ މައްޗަށް ހައިކޯޓުން ބަލަންޖެހޭފަދަ އެކަށީގެންވާ ސަބަބެއް ނެތިއެފަދަ ނުކުތާއެއްގެ މައްޗަށް ހައިކޯޓުން ބެލެވިގެން ނުވާނެކަން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/379 ޤަޟިއްޔއާއާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/92 ޤަޟިއްޔާގައި ފާހަގަކޮށްފައިވެއެވެ. މައްސަލއިގަ އިސްތިއުނާފެ މަރުޙަލާގައި އެނުކުތާ ދިވެހިރާއްޖޭގެ ހައިކޯޓުން ބަލައިގަންނަންޖެހޭފަދަ އެކަށީގެންވާ ސަބަބެއް އިސްތިއުނާފުކުރާ ފަރާތުން ދެއްކިފައިނުވާތީ، އެނުކުތާ އާމެދު މިކޯޓުން ގޮތެއް ކަނޑައަޅަންޖެހޭ ސަބަބެއް އޮތްކަމަކަށް ނުފެނެއެވެ. ދިވެހިރާއްޖޭގެ ހައިކޯޓުގެ ޢަލީ އާދަމް ވ. ދިވެހި ދަޢުލަތް (މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކަޗަރ) ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާގެ 3 ގެ (ނ) ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މޫވިނ އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް ވ. ދައުލަތް (މިނިސްޓްރީ އޮފް ޓޫރިޒަމް) ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ 10 ވަނަ ނަންބަރު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/57 ޤަޟިއްޔާ (ކަޕޫރު ﷲ ޔޫސުފް ވ. މޯލްޑިވްސް ކަސްޓަމްސް ސަރވިސް)
27ބަޔާންވެދިޔަ ސަބަބުތައް އެހެން ހުރުމުން، މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 20/E8C/2021 ޤަޟިއްޔާގެ ޙުކުމަށް ބަދަލއެ ގެންނަންޖެހޭ ޝަރުޢީ ނުވަތަ ޤާނޫނީ ސަބަބެއް އޮތްކަމަކަށް ނުފެނެއެވެ.
ފަނޑިޔާރު ޙުސައިން މަޒީދުގެ ރައުޔު
28މިމައްސަލައިގައި ފަނޑިޔާރު މުޙައްމަދު ނިޔާޒްގެ ރައުޔަށް އަހުރެން ތާޢީދު ކުރަމެވެ.
ފަނޑިޔާރު ޙުޒައިފާ މުޙައްމަދގު ރައުޔު
29މިމައްސަލައިގައި ފަނޑިޔާރު މުޙައްމަދު ނިޔާޒްގެ ރައުޔަށް އަހުރެން ތާޢީދު ކުރަމެވެ.
އިސްތިއުނާފުކުރުމުގެ އިޖުރާއަތު ބަޔާންކޮށްދިނުން
30މި ޤަޟިއްޔާގައި ދިވެހިރާއްޖޭގެ ހައިކޯޓުން ޙުކުމް ކުރުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ ޙައްޤު މައްސަލައިގެ ޚަސްމުންނަށް ލިބިގެންވެއެވެ. އެގޮތުން އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ މުއްދަތަކީ ދިވެހިރާއްޖޭގެ ހައިކޯޓުން މި ޤަޟިއްޔާގައި ޙުކުމް ކުރާ ތާރީޚުން ފެށިގެން 30 (ތިރީސް) ދުވަހެވެ. އަދި އެ މުއްދަތުގެ ތެރޭގައި ޝަރީޢަތްނިމުނުގޮތުގެ ރިޕޯޓު ޚަސްމުންނަށް ޙަވާލުކޮށްފައިނުވާނަމަ، އިސްތިއުނާފުކުރުމުގެ މުއްދަތު ގުނަން ފަށާނެ ތާރީޚަކީ ޝަރީޢަތްނިމުނުގޮތުގެ ރިޕޯޓު ޚަސްމުންނ ޙަވާލުކުރާ ތާރީޚެވެ. އެހެންނަމަވެސް ޝަރީޢަތް ނިމުނުގޮތުގެ ޚުލާސާ އަށް ބިނާކޮށްވެސް އިސްތިއުނާފަށް ހުށަހެޅިދާނެއެވެ. . ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ހ) . ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ށ) . ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ނ) 2022/HC-A/284 (2021 /HC-N-N22) o.x > > 0 ,,, _,, 18 ,o..s..r.,:,,:- .16'.-?-:~ OU.DO ',,,,,,~., :,:,:,:, ,,.,,,,ox~ o,,, o,, o.,,,,,,,,,,,,,. .,,,,. <O~/ ,,,;oc. E-"E,........,e.,,,,, 7 -"./.?r -"•-"JOA? /t..?,........,.,J,.? ,.,,,., 7 -".,,, .,,,.,.,,,A A.JO••,......, ..,.,r_,,.,,,.,.,,.,,,, • .,,,.,,.,,,.,r 0 0 ✓ O ✓ 0 0 0 X //O,,;:,:,:,~:, 0 ,_......,.,,,.,~ YJ' f!,_......,.,,,.,y A Y f!./'.?J' Y .,1 _,.,A,JO,_......,A 20/E8C/2021 .,, .,, .,, 0,,; :, :, ~ / ox / ~ 0 / < ./'.?Y ✓• .J'A.,1./'Y A.S..,.,A~ .SA .,, .,, .,, /// / 0//0C. OC.// :,:,~ //:I :I/ UC.0/0C. :,.,,,,.,,,,,,. '" 0~ ' .seA-".,,,.,,r ' A.,J,A t__,.,Y ./'.?Y.JO.,,,., Ar#<#,_......, _,.,_,.,.S .JO.P_,., ,✓JJ"~ .,,,e.,,,.,.,,,.,.,,,.,.s /r • .,, .,, ,,,,, ? ? C. C. ox O :, :, 0 :, ~ 0 ,o,~,,,, ,,,,,,..,,,,0,,,,, •.P .?.,I ,rY .? Y ✓• _,.,.S.,I.JO A A .S_,.,J'_,, t._,.,.,I .,?• /,_......,A.?.? ? ,,,,,,. .,,,, .,, .,, .,, :, o:,:, .,,.,,,, ~o ,,,,. :_,cv .?Y ✓• A/• ..,.,A~.S,.? , .,,,,, ,,,,, ,,,,, :, ,,,,,. 0 .,,,,, :, :,~ ,,,,, .,r (!.? _,.,A,_......,✓• J" _,, t._,.,.,I ? .,,, .,,,, www- highcourt-gov-mv :; -;::-:; info@highcourt-gov -mv
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 20 ވަނަ މާއްދާގެ (ހ)
- ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 32 ވަނަ މާއްދާގެ (ހ)
- ދިވެހިރާއްޖޭގެ ހައިކޯޓުގެ ގަވާއިދުގެ 44 ވަނަ މާއްދާގެ (ހ)
- ޤާނޫނު ނަންބަރު 9/2022 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނަށް 4 ވަނަ އިސްލާޙު ގެނައުމުގެ ޤާނޫނު) - ހައިކޯޓުގެ ގޮފިތައް އުވާލުން
- ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ހ)، (ށ)، (ނ) (އިސްތިއުނާފުކުރުމުގެ އިޖުރާއަތު)
- ކުލީގެ އެއްބަސްވުމުގެ 10 ވަނަ މާއްދާގެ (ރ)
- ހައިކޯޓުގެ 2013/HC-A/379 (ޢަލީ އާދަމް ވ. ދިވެހި ދައުލަތް (މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ))
- ސުޕްރީމް ކޯޓުގެ 2020/SC-A/92 (މޫވިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް ވ. ދައުލަތް (މިނިސްޓްރީ އޮފް ޓޫރިޒަމް))
- ސުޕްރީމް ކޯޓުގެ 2019/SC-A/57 (ކަފޫރުﷲ ޔޫސުފް ވ. މޯލްޑިވްސް ކަސްޓަމްސް ސަރވިސް)
ޝަރީޢަތުގެ ވީޑިއޯ
ހައިކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.