ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
2022/HC-A/295

ވަން ޕްލަސް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް ވ. އުހުދު އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް

ދަށުކޯޓުގެ ނިންމުމަށް ބަދަލުގެނެސް، ކަނޑައެޅި އުޞޫލުތަކާ އެއްގޮތަށް…
ސުޕްރީމް ކޯޓަށް އިސްތިއުނާފުކޮށްފައި ނުވޭ · ރަޖިސްޓްރީ ބެލީ 15 އޮކްޓޫބަރު 2026ޙުކުމުގެ ހާލަތު
ހައިކޯޓު · 19 ސެޕްޓެމްބަރު 2024ދަށު ކޯޓު: ސ. ފޭދޫ މެޖިސްޓްރޭޓް ކޯޓު 220/S4C/2018ބާވަތް: މަދަނީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
ސ. ފޭދޫ މެޖިސްޓްރޭޓް ކޯޓު 220/S4C/2018
ފަހުގެ ތާރީޚު
ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް

ކޯ ޓާމްސް

ޚުލާޞާ

ކޯޓުން ނިންމަން ޖެހުނު ސުވާލު
ހައިކޯޓުން އަލުން ބެލުމަށް ތަޙުވީލުކުރި މައްސަލައެއް ދަޢުވާކުރާ ފަރާތުން އަނބުރާ ގެންގޮސް އުނިއިތުރު ގެނެސް އަލުން ހުށަހެޅުމުން، އެ މައްސަލައަކީ އިޚްތިޞާޞް ނެތް މައްސަލައެއްކަމަށް ކަނޑައަޅައި ދަޢުވާ ފޯމް ބާޠިލްކުރި ދަށުކޯޓުގެ ނިންމުން ރަނގަޅުތޯ، އަދި އެފަދަ ޙާލަތެއްގައި ހައިކޯޓުން މައުޟޫޢަށް ޙުކުމްކުރަންޖެހޭތޯ ނުވަތަ ދަށުކޯޓަށް ފޮނުވަންޖެހޭތޯ.

ނިންމުން

ދަށުކޯޓުގެ ނިންމުމަށް ބަދަލުގެނެސް، ކަނޑައެޅި އުޞޫލުތަކާ އެއްގޮތަށް…

ދަށުކޯޓުގެ ނިންމުމަށް ބަދަލުގެނެސް، ކަނޑައެޅި އުޞޫލުތަކާ އެއްގޮތަށް ބެލުމަށް ދަށުކޯޓަށް އަނބުރާ ފޮނުވި

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

މަދަނީ › އެގްރީމެންޓާ ޚިލާފުވުން

HN1 ހައިކޯޓުން ދަށުކޯޓަށް އަލުން ބެލުމަށް ތަޙުވީލުކުރާ މައްސަލައެއް ދަށުކޯޓުން ބަލަންޖެހޭނީ އެ ޤަޟިއްޔާގައި ހައިކޯޓުން ޙުކުމްކުރި ތަރަހައިގެ ތެރޭގައެވެ؛ މައްސަލައިގެ ބައެއް ތަޙުވީލުކޮށްފައިވާނަމަ ބަލަންޖެހޭނީ އެ ބައި އެކަންޏެވެ.

HN2 ތަޙުވީލުކުރާ މައްސަލައެއް ދަށުކޯޓުގައި ހިންގާއިރު، ދަޢުވާކުރި ފަރާތުން ދަޢުވާކުރުމުގެ ޙައްޤު ދޫކޮށްލާ ޙާލަތުގައި މެނުވީ، ތަޙުވީލުކުރި މައްސަލަ އަނބުރާ ގެންގޮސް މުރާޖަޢާކޮށް އުނިއިތުރު ގެނެސް އަލުން ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެއެވެ؛ އެފަދަ ފުރުޞަތެއް ދިނުމަކީ ޤާނޫނާ ޚިލާފަށް ކޯޓަށް ހެދޭ ގޯހެކެވެ.

HN3 ކޯޓަށް ހެދޭ ގޯހުގެ ގެއްލުން ޚަޞްމުން ތަޙައްމަލުކުރަން ނުޖެހޭނެއެވެ (Actus Curiae Neminem Gravabit)؛ އެފަދަ ޙާލަތެއްގައި ކޯޓުން ކުރަންވާނީ ހެދުނު ގޯސް ރަނގަޅުކޮށް، މުރާޖަޢާ/އުނިއިތުރު ބަލައިގަތުން ބާޠިލުކޮށް، އަޞްލު ހުށަހެޅި ދަޢުވާގެ މައްޗަށް ހައިކޯޓުން ޙުކުމްކުރި ތަރަހައިގެ ތެރޭގައި ޝަރީޢަތްކޮށް ނިންމުމެވެ.

HN4 ތަޙުވީލީ މައްސަލައެއްގައި ކުރިން ގޮތް ނިންމާފައިވާ އިޖުރާއީ ނުކުތާތައް ތަކުރާރުކޮށް ހުށަހެޅުމުން ބަލައިގަނެ، މައްސަލަ ބެލުމުގެ އިޚްތިޞާޞް ނެތްކަމަށް ނިންމުމަކީ ތަޙުވީލުކުރި މައްސަލަ ހިނގަންވާ ގޮތް ނޫނެވެ.

HN5 ކޯޓުތަކުގެ ޤާނޫނުގެ 46 ވަނަ މާއްދާގެ (ނ) އާއި (ރ) ގެ ދަށުން ހައިކޯޓުން މައުޟޫޢަށް ޙުކުމްކުރުން ލާޒިމުވަނީ ތަޙުވީލުކުރި މައްސަލަ ދަށުކޯޓުން ބަލައި، ހައިކޯޓުން ކަނޑައެޅި އުޞޫލާ ޚިލާފަށް ޢަމަލުކޮށްފައިވާ ޙާލަތުގައެވެ؛ ދަށުކޯޓުން މައްސަލަ ބަލާފައި ނުވާނަމަ ހައިކޯޓުން ޙުކުމްކުރުމުގެ ފުރުޞަތު ހުޅުވާލައިފިނަމަ ތަޙުވީލުކުރުމުގެ މަޤްޞަދު ޙާޞިލުނުވާތީ، 32 ވަނަ މާއްދާގެ (ނ) ގެ ދަށުން ދަށުކޯޓަށް ފޮނުވަންވާނެއެވެ.

HN6 ހައިކޯޓުން ތަޙުވީލުކުރި މައްސަލައެއްގެ ކުރީގެ މަރުޙަލާތަކުގައި އިޚްތިޞާޞްއާ ގުޅޭ ސުވާލެއް ނުއުފައްދާނަމަ، ތަޙުވީލުގެ މަރުޙަލާގައި ދަށުކޯޓުގެ އިޚްތިޞާޞްއާ ގުޅޭ އިތުރު އިޖުރާއީ ނުކުތާ ނެގުމުގެ ފުރުޞަތާއި، ދަށުކޯޓުގެ ގޯސް ފިޔަވަޅުގެ ސަބަބުން މައްސަލަ ތަޙުވީލީ މައްސަލައެއްތޯ ސުވާލު އުފެއްދުމުގެ ފުރުޞަތު ނުދެވޭނެއެވެ.

މަދަނީ › އެގްރީމެންޓާ ޚިލާފުވުން

HN7 ވާހަކަ ދެއްކުމުގެ ފުރުޞަތު ދިނުމާއި، އެ ފުރުޞަތުގައި ޚަޞްމު ވާހަކަ ދެއްކުމާއި ނުދެއްކުމަކީ ތަފާތު ދެކަމެކެވެ؛ ޝަރީޢަތުގެ ނިޒާމު ހިފަހައްޓާނީ ފަނޑިޔާރު ކަމުން ޝަރީޢަތުގެ ނިޒާމު ނަހަމައިން ބޭނުންކުރުމުގެ ފުރުޞަތު އެއްވެސް ފަރާތަކަށް ދީގެން ނުވާނެއެވެ.

ވަކީލުންނާއި ފަނޑިޔާރުން

އިސްތިއުނާފުކުރި ފަރާތުގެ ވަކީލުން
ވަކީލު ޗެމްބަރސް އެލް.އެލް.ޕީ
ޖަވާބުދާރީވި ފަރާތުގެ ވަކީލުން
ޙުސައިން ވަޙީދު، ﷲ ސަޢީދު، އެންޑް އެސޯސިއޭޓްސް ލޯ ފަރމް
ބެންޗު
މުޙައްމަދު ނިޔާޒް، ޙުސައިން މަޒީދު، މުޙައްމަދު ސަލީމް
ރިޔާސަތު
—
ރައުޔު ލިޔުނު ފަނޑިޔާރު
މުޙައްމަދު ނިޔާޒް · ތާއީދުކުރެއްވީ: ޙުސައިން މަޒީދު، މުޙައްމަދު ސަލީމް
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

ފަނޑިޔާރު މުޙައްމަދު ނިޔާޒްގެ ރައުޔު، (މިރައުޔަށް ފަނޑިޔާރު ޙުސައިން މަޒީދު އަދި ފަނޑިޔާރު މުޙައްމަދު

ސަލީމް ތާޢީދު ކުރެއެވެ.) މައްސަލައިގެ ތަޢާރަފް

1މިއީ، އައްޑުއަތޮޅު ފޭދޫ މެޖިސްޓްރޭޓް ކޯޓގު ނަންބަރު: 220/S4C/2018 ޤަޟިއްޔާ އެކޯޓުން ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި ޚިލާފަށްކަމަށްބުނެ، ވަން ޕްލަސް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް (މީގެ ފަހުން "ވަން ޕްލަސް ހޯލްޑިންގްސް" ނުވަތަ "އިސްތިއުނާފުކުރާ ފަރާތް") ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓު ދެކުނު ގޮފީގައި އިސްތިއުނާފުކުރުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ. މިޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ އުހުދު އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް (މީގެ ފަހުން "އުހުދު އިންވެސްޓްމަންޓް" ނުވަތަ "އިސްތިއުނާފ ރައްދުވު ފަރާތް)" އެވެ.

2މިއީ ހައިކޯޓުގެ ދެކުނު ގޮފީގެ ނަންބަރު: A/24-S-2021/HC ޤަޟިއްޔާގެ ގޮތުގައި 03 އޮކްޓޯބރަ 2021 ގައި ރަޖިސްޓްރީކޮށްފައިވާ ޤަޟިއްޔާއެކެވެ. ނަމަވެސް، ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) އަށް 4 ވަނަ އިސްލާޙު ގެނައުމުގެ ޤާނޫނުގެ ދަށުން، ހައިކޯޓުގެ އުތުރާއި ދެކުނުގައި ޤާއިމްކޮށްފައިވާ ހައިކޯޓުގެ ގޮފިތައް 17 ޖުލައި 2022 ދުވަހު އުވާލުމުން، އެދެ ގޮތްޕަށް ހުށަހެޅި ރަޖިސްޓްރީކޮށް ހިންގަމުން ގެންގޮސްފައިވާ އެންމެހާ މައްސަލަތައް ދިވެހިރާއްޖޭގެ ހައކޯޓަށ ޤާނޫން ގޮތުނި ބަދަލު ވިއެވެ. މިޤަޟިއްޔާއަށް މިހާރު މިކޯޓުން ދީފައިވާ ޤަޟިއްޔާ ނަންބަރަކީ 2022/HC-A/295 A/24)-S-(2021/HC އެވެ. ރަޖިސްޓްރީ ނަންބަރު:425/2008-C ރަޖިސްޓްރީ ނަންބަރު: C0119/2015 ޤާނޫނު ނަންބަރު 2022/9 (ޤާނޫނު ނަންބަރު 2010/22 ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) އަށް 4 ވަނަ އިސްލާޙު ގެނައުމުގެ ޤާނޫނު . މައްސަލައިގެ ފަސްފަހަތް:

3މިމައްސަލައިގެ ޚުޞޫމާތު ބިނާވަނީ 16 ޑިސެމްބަރު 2015 ގައިވެފައިވާ އެއްބަސްވުމެއްގެ މައްޗަށެވެ. މިގޮތުން، ސ.ހިތަދޫ ޕޮލިސް ސްޓޭޝަންގެ މަރާމާތު މަސައްކަތް ކުރުމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އާއި އިސްތިއުނާފު ރައްދުވާ އުހުދު އިންވެސްޓްމަންޓްއާ ދެމެދު އެއްބަސްވުމެއް ވިއެވެ. މިއެއްބަސްވުމުގެ ދަށުން އުހުދު އިންވެސްޓްމަންޓްއަށް ލިބިފައިވާ ސ.ހިތަދޫ ޕޮލިސް ސްޓޭޝަން މަރާމާތު ކުރުމުގެ މަސައްކަތް ކުރުމަށްޓަކައި ވަން ޕްލަސް ހޯލްޑިންގްސް އާ ހަވާލުކުރުމުގެ ގޮތުން އުހުދު އިންވެސްޓްމަންޓް އާއި ވަންޕްލަސް ހޯލްޑިންގްސް އާ ދެމެދު 28 ޑިސެންބަރު 2015 ގައި ސަބް ކޮންޓްރެކްޓްގެ އެއްބެސްވުމެއްވިއެވެ. މި އެއްބަސްވުންވަނީ އައްޑުއަތޮޅު ފޭދޫ މެޖިސްޓްރޭޓް ކޯޓުގައި ރަޖިސްޓްރީ ކޮށްފައެވެ.

4އެއްބަސްވުމާއި އެއްގޮތަށް ވަން ޕްލަސް ހޯލްޑިންގްސްއިން ޢަމަލުކޮށްފައިނުވުމާއި، މަސައްކަތަށް ބޭނުންވާ ތަކެތި ފޯރުކޮށްދެވިފައި ނުވުމުގެ ސަބަބުން މުޅި ޕްރޮޖެކްޓްގެ މަސައްކަތް ނިންމަންޖެހޭ މުއްދަތު ފަހަނައަޅައި ދިޔައިރުވެސް މަސައްކަތް ނިމިފައިނުވާތީ އާއި ތަކެތި ނުލިބި ލަސްވުމުގެ ސަބަބުން މަސައްކަތަށް ބުރޫއަރަމުންދތީވާ އެކަން ޙައްލުކޮށްދިނުމަށ އެދުމުންވެސް ޙައްލުކޮށްދީފައިނުވާތީ އުހުދު އިންވެސްޓްމަންޓްއަށް ބޮޑެތި ގެއްލުންތަކާއި ކުރިމަތިލާންޖެހޭކަމަށާއި، އެއްބަސްވުމުގެ މުއްދަތު 19 އޭޕްރިލް 2016 ގައި ހަމަވެފައިވާތީ އެއްބަސްވުމުގެ މުއްދަތު އިތުރުކޮށް އެއްބަސްވުމާއިގނެ އިތުރަށް ކުރިއަށްދެވިދާނެކަމަށ ނުފެންނަކަމަށް ބަޔާންކޮށް ސަބްކޮންޓްރެކްޓްގެ ދަށުން އުހުދު އިންވެސްޓްމަންޓްގެ ފަރާތުން ވަން ޕްލަސް ހޯލްޑިންގްސްއަށް ދީފައިވާ އެންމެހައި ބާރާއި އިޚްތިޔާރު އަދި އިލްތިޒާމްތައް ނިމުމަކަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު H3(PU)132/AG/2015-171 މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުން . މޯލްޑިވްސް ޕޮލިސް ސަރވިސްއާއި އުހުދު އިންވެސްޓްމަންޓާ ދެމެދު ވެވުނު އެއްބަސްވުމުގެ 12 ވަނަ މާއްދާގެ (ބ) ގައި މަސައްކަތް ނުވަތަ މަސައްކަތުން ބައެއް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ހުއްދަ އާއެކު ސަބްކޮންޓްރެކްޓ ކުރެވިދާނެކަމަށް ބަޔާންކޮށްފައިވެއެވެ. އައްޑުއަތޮޅު ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު S4C/02/2016 (13 ޖަނަވަރީ 2016) އައިސްފައިވާކަމަށް ބަޔާންކޮށް 21 އޭޕްރީލް 2016 ގައި ވަން ޕްލަސް ހޯލްޑިންގްސްއަށް ސިޓީ އަކުން އުހުދު އިންވެސްޓްމަންޓްގެ ފަރާތުން އެންގިއެވެ.

ވަން ޕްލަސް ހޯލްޑިންގްސް އިން ދަޢުވާކުރުން

5އުހުދު އިންވެސްޓްމަންޓްގެ ފަރާތުން ވަން ޕްލަސް ހޯލްޑިންގްސް އާ ދެމެދު ވެފައިވާ ސަބް ކޮންޓްރެކްޓްގެ އެއްބަސްވުން ނިމުމަކަށް ގެނައުމުން، މި އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އެއްބަސްވުން ބާޠިލްނުކުރެވޭނެކަނ ކަނޑައަޅައް ދިނުމަށާއި ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމަށް ހުރުމަތްތެރިކޮށް ހިތުމަށް އުހުދު އިންވެސްޓްމަންޓްއަށް އަންގައި އަމުރުކޮށްދެއްވުމަށާއި، ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގެ ދަށުން ވަން ޕްލަސް ހޯލްޑިންގްސްއަށް ދައްކަންޖެހޭ އެންމެހައި ފައިސާ ދެއްކުމަށް އުހުދު އިންވެސްޓްމަންޓްއަށް އަންގައި އަމުރުކޮށް ދެއްވުމަށާއި، މަސައްކަތް ހުއްޓުވާލުމުގެ ސަބަބުން ލިބެމުންދާ ގެއްލުން ނަގައިދިނުމަށް އެދި ވަންޕްލަސް ހޯލްޑިންގްސްގެ ފަރާތުން އައްޑުއަތޮޅު ފޭދޫ މެޖިސްޓްރޭޓް ކޯޓުގައި ދަޢުވާކުރިއެވެ. މިމައްސަލަ ބަލާފައިވަނީ އެކޯޓުގެ 148/S4C/2016 ޤަޟިއްޔާއިންނެވެ. އައްޑުއަތޮޅު ފޭދޫ މެޖިސްޓްރޭޓް ނަންބަރު: 148/S4C/2016 ޤަޟިއްޔާ:

6މިޤަޟިއްޔާ އެކޯޓުން ބެލުމަށްފަހު ނިންމަވާފައިވަނީ ދެފަރާތް ދެމެދު ވެފައިވާ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އެއްބަސްވުން ބާޠިލްކުރެވޭނެ ޝަރުޢީ ޤާނޫނީ ހަމައެއް ނެތްކަމާއި، ކުރެވުނު ޚަރަދާއި، %50 އިންސައްތައިގ ގޮތުގައެ އުހުދު އިންވެސްޓްމަންޓުގެ ފަރާތުން ވަންޕްލަސް ހޯލްޑިންގްސްއަށް 27790.522ރ. (ދެމިލިޔަން ދެލައްކަ ހަތްހާސް ހަތްސަތޭކަ ނުވަދިހަ ރުފިޔާ ފަންސާސް ދެލާރި) އާއި، ގެއްލުމުގެ ބަދަލުގެ ގޮތުގައި އެއްބަސްވުން ބާޠިލްކުރި ދުވަހުން ފެށިގެން މައްސަލަ ޝަރީޢަތަށް ހުށަހެޅުމާއި އުހުދު އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން 21 އޭޕްރީލް 2016 ގައި ފޮނުވި ސިޓީ ހަމައަށް ހޭދަވެފައިވާ 116 ދުވަހަށް މަސައްކަތް ކުރަމުން ދިޔަ މުވައްޒަފުންގެ ޚަރަދަށް ޚަރަދުވެފައިވާ 86،226.68ރ. (އަށްޑިހަ ހަހާސް ދުއިސައްތަ ސައްބީސް ރުފިޔާ ފަސްދޮޅަސް އަށް ރުފިޔާ) އަކީވެސް ވަން ޕްލަސް ހޯލްޑިންގްސްއަށް ދޭންޖެހޭ ފައިސާކަމަށް ޝަރީޢަތަށް ސާބިތުވާ ކަމަށެވެ. ހައިކޯޓުދެކުނު ގޮފގައި އިސްތިއުނާފުކުރުނީ :

7އައްޑުއަތޮޅު ފޭދޫ މެޖިސްޓްރޭޓް ކޯޓުން މައްސަލަ ނިންމިގޮތާއިމެދު ހިތްހަމަ ނުޖެހިގެން އެމައްސަލަ އުހުދު އިންވެސްޓްމަންޓްގެ ފަރާތުން ހައިކޯޓުގެ ދެކުނު ގޮފީގައި އިސްތިއުނާފުކުރިއެވެ. މިމައްސަލަ ބަލާފައިވަނި ހައިކޯޓުގެ ދެކުނު ގޮފީގެ ނަންބަރު A/98-S-2016/HC ޤަޟިއްޔާއިންނެވެ. ހައިކޯޓު ދެކުނު ގޮފީގެ ނަންބަރު A/98-S-2016/HC ޤަޟިއްޔާ:

8އުހުދު އިންވެސްޓްމަންޓްގެ ފަރާތުން އިސްތިއުނާފުކުރި މައްސަލަ ބެލުމަށްފަހު ހައިކޯޓުގެ ދެކުނު ގޮފިން ނިންމާފައިވަނީ ވަންޕްލަސް ހޯލްޑިންގްސްގެ ފަރާތުން އައްޑުއަތޮޅު ފޭދޫ މޖިސްޓްރޭޓެ ކޯޓަށް ހުށަހެޅް ދަޢުވާ ސާބިތުކުރުމަށް ހުށަހެޅި ހެކިތަކާމެދު ވާހަކަ ދައްކައި ސުވާލުކުރުމުގެ ފުރުސަތު އުހުދު އިންވެސްޓްމަންޓްއަށް ލިބިފައިނުވާކަން، ޝަރީޢަތަށް ހުށަހެޅިފައިވާ ލިޔެކިޔުންތަކުން އެނގެން އޮންނާތީ، އެކޯޓުން ޙުކުމް ކުރައްވާފައިވަނީ ޝަރީޢަތް ކުރުމުގެ ޢާންމު އުސޫލުތަކާއި ޚިލާފަށްކަމަށްވާތީ، އައްޑުއަތޮޅު ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު:148/S4C/2016ޤަޟިއްޔާގައި އެކޯޓުން ކުރައްވާފައިވާ ޙުކުމް ބާޠިލު ކުރައްވައި، އެޤަޟިއްޔާގައި ބެލުނު މައްސަލައަކީ އެކޯޓުން އަލުން ބަލައި ފައިސަލާކުރަނިވި ޙުކުމއެ ކުރަންޖެހޭ މައްސަލައެއްކަމަށެވެ. ވީމާ، ޤާނޫނު ނަންބަރު: 2010/22 (ދިވެހިރާއްޖޭގ ކޯޓުތަކުގެ ޤާނޫނު) ގެ 46 ވަނަ މާއްދާގެ (ށ) ގެ ދަށުން އެކޯޓަށް ތަހްވީލކުރިއެވެ. ތަޙްވީލު ކުރި މައްސަލައަށް ވީގޮތް:

9އައްޑުއަތޮޅު ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު:148/S4C/2016 ޤަޟިއްޔާ އަލުން ބެލުމަށްޓަކައި، ހައިކޯޓު ދެކުނު ގޮފީގެ ނަންބަރު: A/98-S-2016/HC ޤަޟިއްޔާ އިން ތަޙުވީލު ކުރުމުން، އައްޑުއަތޮޅު ފޭދޫ މެޖިސްޓްރޭޓް ކޯޓުން، އެމައްސަލަ 09 އޮގަސްޓް 2018 ގައި ރަޖިސްޓްރީކޮށފައިވެއެވެ. އެމައްސަލައަށް ދީފައިވާ ޤަޟިއްޔާ ނަންބަރަކީ 153/S4C/2018 އެވެ.

10ހައިކޯޓުން ތަޙުވީލުކުރި މައްސަލަ، އައްޑުއަތޮޅު ފޭދޫ މެޖިސްޓްރޭޓް ކޯޓުގައި ރަޖިސްޓްރީ ކުރިފަހުން، މިމައްސަލައިގެ ލިޔުންތައް މުރާޖަޢާކޮށް ގެއްލުމުގެ މިންވަރާއި ބަދަލު ދިރާސާކުރުމަށްފަހު މިދަޢުވާ އަލުން ހުށަހެޅުމަށްޓަކައި ދަޢުވާ ފޯމު އެހިނދަށް ބާޠިލުކޮށް ދިނުމަށްއެދި 05 ސެޕްޓެމްބަރ 2018 ގައި ވަންޕްލަސް ހޯލްޑިންގްސް ސ.ފޭދޫ މެޖިސްޓްރޭޓް ކޯޓުގައި ސިޓީން އެދުނެވެ. އެފުރުޞަތު ދިނުމަށް ވަން ޕްލަސް ހޯލްޑިންގްސްއިން އެދުން؛

1.10. މިމައްސަލައިގައި ހޯދަން އެދިފައިވާ ފައިސާ ނުލިބި ލަސްވުމުގެ ސަބަބުން ވަން ޕްލަސް ހޯލްޑިންގްސއަށް ވަރަށް ބޮޑެތި މާލީ ގެއްލުންތަކެއް ލިބެމުންދާތީ އާއި؛

2.10. 2016 ވަނަ އަހަރު މައްސަލަ ޝަރީޢަތަށް ހުށަހެޅި ފަހުން އެހާތަނަށް 2 އަހަރަށްވުރެ ގިނަ ދުވަސްވފައިވާތެ މިމައްސަލާގައި ފާއިތުވެ ގޮސްފައިވާ މިމުއްދަތުގައި ލިބިފއިވަ ގެއްލުން ދިރާސާކުރުމަށާއި؛

3.10. ވަން ޕްލަސް ހޯލްޑިންގްސްގެ ވަކީލު ބަދަލުވެފައިވާތީ މައްސަލަ މިހާރު ހަވާލުވެފައިވާ ވަކީލުން މައްސަލައިގެ ލިޔެކިޔުންތައް ދިރާސާކުރަންބޭނުންވާތީ ކަމަށް ބުނެއެވެ. އައްޑޫ އަތޮޅު ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 148/S4C/2016 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގު ރިޕޯޓުގެ 1.4 ވަނަ ނުކުތާ ވަންޕްލަސ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ފޮނުވި ނަންބަރު 005/2018-OPHC ސިޓީ

11ވަން ޕްލަސް ހޯލްޑިންގްސްއިން މިދެންނެވި ގޮތަށް އެދުމުން، ހައިކޯޓުގެ ދެކުނު ގޮފިނ އަލުން ބެލުމަށް ތަޙްވީލުކުރި މައްސަލައާމެދު އައްޑުއަތޮޅު ފޭދޫ މެޖިސްޓްރޭޓް ކޯޓުން ޢަމަލު ކުރިގޮތަކީ، އެޤަޟިއްޔާ ކުރިޔަށް ކުރިޔަށްގެންދާނެތަނެއް ނެތްކަމަށް 05 ސެޕްޓެމްބަރު 2018 ގައި ޙުކުމެއްކޮށް، ވަން ޕްލަސް ހޯލްޑިންގްސއަށް އެންގުމެވެ. އެޙުކުގައ ބަޔާނި ކޮށްފައިވަނީ؛ " ދެންފަހެ، ދަޢުވާ ހުށަހެޅި ވަންޕްލަސް ހޯލްޑިވްސ ޕްރައިވެޓް ލިމިޓެޑުން މައްސަލައިގް ވަކީލު ބަދަލުވެފައިވާތީ، މައްސަލައާ މިހާރު ހަވާލުވެފައިވާ ވަކީލުން މައްސަލައިގެ ލިޔެކިޔުންތައް ދިރާސާ ކުރަންބޭނުންވާތީ، މިމައްސަލައިގެ ލިޔެކިޔުންތައް މުރާޖާކޮށް ގެއްލުމުގެ މިންވަރާއި ބަދަލު ދިރާސާކުރުމަށް ފަހު ދަޢުވާ ވެއްދުމަށްޓަކައި މައްސަލައިގެ ދަޢުވާފޯމް މިހިނދަށް ބާޠިލުކޮށް ދެއްވުމަށް 05 ސެޕްޓެމްބަރ 2018 ވަނަ ދުވަހު އެދިފައިވާތީ މިދަޢުވާ ކުރިއަށް ގެންދާނެ ތަނެއް ނެތްކަމަށް ވަންޕްލަސް ހޯލްޑިންގސ ޕްރައިވެޓް ލިމިޓެޑް އަށް އަންގައި މިޤަޟިއްޔާ ނިންމީއެވެ."

12ހައިކޯޓުން އަލުން ބެލުމަށް ތަޙްވީލުކުރި މައްސަލަ، ވަންޕލަސް ހޯލްޑިންގްސްގެ ފަރާތުން އަލުން ދިރާސާކޮށް ހުށަހެޅުމަށް އެދުމުން، އެމައްސަލަ ކުރިއަށްގެންދާނެ ތަނެއް ނެތްކަމަށް ޙުކުމް ކުރިފަހުން، 24 ޑިސެންބަރު 2018 ގައި ވަން ޕްލަސް ހޯލްޑިންގްސްއިން އަލުން އެދަޢުވާ ސ.ފޭދޫ ކޯޓަށް ހުށަހެޅިއެވެ. މިފަހަރު މިދަޢުވާއަށް އެކޯޓުން ދީފައިވާ ޤަޟިއްޔާ ނަންބަރަކީ 220/S4C/2018 އެވެ.

13ނަމަވެސް، މިޤަޟިއްޔާ ހުށަހަޅައި ޝަރީޢަތް ހިންގައި ނިންމުމަށްފަހު، އައްޑުއަތޮޅު ފޭދޫ މެޖިސްޓްރޭޓް ކޯޓުން ޙުކުމް ކޮށްފައިވަނީ، އެދަޢުވާއަކީ އެކޯޓަށް ބެލުމުގެ އިޚްތިޞާޞް ލިބިގެންވާ މައްސަލައެއްނޫން ކަމަށެވެ. ވަން ޕްލަސް ހޯލްޑިންގްސގް ފަރާތުން ހައިކޯޓުގެ ދެކުނު ގޮފީގައި އިސްތިއުނާފުކޮށްފައިމިވަނީ މިޤަޟިއްޔާ ބަލައި ނިންމިގޮތެވެ. އައްޑުއަތޮޅު ފޭދޫ މެޖިސްޓްރޭޓް ކޯޓުން ނިންމި ގޮތް:

14އައްޑުއަތޮޅު ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު : 220/S4C/2018 ޤަޟިއްޔާގައި ޙުކުމް ކޮށްފައިވަނީ؛ އައްޑޫ އަތޮޅު ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 148/S4C/2016 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގު ރިޕޯޓުގެ 1.6 ވަނަ ނުކުތާ "ދެންފަހެ، އިސްވެ ފާހަގަކުރެވުނު ނުކުތާތައް އެގޮތުގެ މަތިން ހުރުމުން، ވަންޕްލަސް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އުހުދު އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށް ރައްދުވާގޮތަށް، އައްޑުއަތޮޅު ފޭދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅި މިމައްސަލަ ހުށަހެޅިފައިވަނީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު A/98-S-2016/HC ޤަޟިއްޔާގައި ކަނޑައެޅުނު އުޞޫލުތަކާއި ޚިލާފަށްކަމަށް ޝަރީޢަތަށް ބުރަވެވޭތީ، ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގ ކޯޓުތަކުގެ ޤާނޫނު) ގެ 46 ވަނަ މާއްދާގެ (ނ) އަދި (ރ) އަށް ރިޢާޔަތްކޮށް، އައްޑުއަތޮޅު ފޭދޫ މެޖިސްޓްރޭޓް ކޯޓަށް ލިބިގެންވާކަމަށް ކަނޑައެޅޭނެ ޤާނޫނީ އަދި ޝަރުޢީ ހަމައެއް ނެތަތީ، މިމައްސަލައަކީ އައްޑުއަތޮޅު ފޭދޫ މެޖިސްޓްރޭޓް ކޯޓަށް ބެލުމުގެ އިޚްތިޞާޞް ލިބިގެންވާ މައްސަލައެއް ނޫންކަމުގައި ކަނޑައަޅައި، މިގޮތުގެ މަތިން މިމައްސަލައިގެ ދަޢުވާ ފޯމު ބާޠިލުކޮށް މިމައްސަލަ ނިންމީއެވެ." އިސްތިއުނާފީ ނުކުތާތައް:

15އައްޑުއަތޮޅު ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު: 220/S4C/2018 ޤަޟިއްޔާ ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ ޚިލާފަށްކަމަށްބުނެ، ވަން ޕްލަސް ހޯލްޑިންގްސްގެ ފަރާތުން އަންނަނިވި ނުކުތތައާ ހުށަހަޅާ އެނުކުތާ ތަކާއި ބެހޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. މިގޮތުން ހުށަހަޅާފައިވާ ނުކުތާތަކަކީ؛ .151- އިންސާފު ލިބިދިނުމަށް އެދި ކަމާބެހޭ ކޯޓަކަށް ކަމާބެހޭ ފަރާތަކުން މައްސަލައެއް ހުށަހެޅުމުން، މައްސަލަ ބަލައިގަތުމާބެހޭގޮތުނ ޤާނޫން ގޮތުން ކަނޑައެޅިފައިވާ އިޖުރާއތާތައް، އެމައްސަލައެއް ބެލުމަށް ހުރަސްނުއަޅާހިނދަކު އެމައްސަލައިގެ މަޢުޟޫއުގައި ހިމެނޭ ކަންކަމާއި އަދި މައްސަލައިގެ މަޢުޟޫޢުއ ގުޅާ ގޮތުން ގޮތެއް ކަނޑައެޅުމަކީ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ ދަށުން ލިބިދެވޭ ޙައްޤެއްކަން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2013/SC-A/25 ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކުގެ (ވ) އާއި، އަދި އެކޯޓުގެ ނަންބަރު 2013/SC-A/37 ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކުގެ (ހ) ގައި ބަޔާންކޮށްފައިވާ ހިނދު، އަދި ޤާނޫނުއަސާސީގެ 10 ވަނަ މާއްދާއާ ޙަވާލާދީ ޢަދުލު އިންސާފު ލިބުމުގެ ޙައްޤަކީ މާތްވެގެންވާ އިސްލާމީ ޝަރީޢަތުން ކަށަވަރުކޮށް ގެރެންޓީކޮށްދީފައިވާ އިންސާނީ ޙައްޤުތަކުގެ ތެރޭގައި ހިމެނޭ ވަރަށް މުހިއްމު ޙައްޤެއްކަން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2013/SC-A/13 ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކުގެ (ށ) ގައި ފާހަގަކުރައްވާ ބަޔާންކޮށްފައި އޮތްނަމަވެސް ކޮށްފައިވާ މަސައްކަތަށް ލިބެންޖެހޭ ފައިސާ ހޯދަން އިސްތިއުނާފުކުރާ ފަރަތުން ކުރި ދަޢުވާގެ މައްސަލަ ޑިސެންބަރު 2018 އިން ފެށިގެން ދަށުކޯޓުގައި ހިންގައި އަދި މައްސަލައާ ގުޅިގެން އެތަކެއް އަޑުއެހުމެއް ބޭއްވުމަށްފަހު އެންމެފަހުން 1 އޮގަސްޓް 2021 ގައި މައްސަލައިގެ މަޢުޟޫޢުއަށ ގޮތެއް ކަނޑައެޅުމަކާނުލައ މައްސަލި ނިންމަވާފައި އޮތުމުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ފާހަގަކުރައްވާފައިވާ އިސްވެ ބަޔާންވެދިޔަ އުޞޫލާއި އަދި ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގައި ބަޔާންކުރާ އުޞޫލާވެސް ޚިލާފުވާކަމަށްބުނެ ހުށަހެޅި ނުކުތާއެވެ. .251- މައްސަލަ ދަށުކޯޓުގައި ހިންގުނުއިރު މައްސަލާގައި އިސްތިއުނާފު ރައްދުވާ ފަރާތުން ހުށަހެޅި އިޖުރާއީ ނުކުތާތަކަށް ކޯޓުން ގޮތެއް ކަނޑައެޅުމަށްފަހު މަޢުޟޫޢުގައި ވާހަކަ ދެއްކުމަށާއި ބަޔާން ހުށަހެޅުމަށް ތަކުރާރުކޮށް އެންގުމުންވެސް ޝަރީޢަތުގެ ކޮންމެ އަޑުއެހުމެއްގައިވެސް އިސްތިއުނާފު ރައްދުވާ ފަރާތުން އިޖުރާއީ ނުކުތާއެއްކަމަށބުނެ މައިގަނޑު ގޮތެއްގައި ހަމައެއްވާހަކައެއް ތަކުރާރުކޮށްފައިވާކަން ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ 149 ވަނަ ނުކުތާގައިވެސް ބަޔާންކޮށްފައިވާކަމަށްބުނެ ހުށަހެޅި ނުކުތާއެވެ. .351- ތަހުވީލުކުރެވޭ މައްސަލައެއް ބާޠިލުކުރުމުން އަލުން ހުށަހެޅޭ މައްސަލައެއް ބެލޭނީ މިފަދަ މައްސަލަތައް ބެލުމުގެ އުޞޫލުތަކެއް ކަނޑައެޅިގެންކަމަށް ދެކޭކަމަށާއި، މިހާރު ރާއްޖޭގައި ހުރި ޤާނޫނުތަކާއި ގަވާއިދުތައް މިފަދަ މައްސަލައެއް ދަށުކޯޓުގައި ހިންގުމުގައި ތަޠުބީޤުކުރެވޭނެކަމުގ ބުއްދީގެ ހަމައެއް އޮތްކަމުގައި ނުބެލެވޭކަމަށް ކަނޑައަޅައި، މައްސަލަ ކުރިއަށް ނުގެންދެވޭނެކަމަށް ނިންމާފައިވާތީ އެނިންމުން ޤާނޫނުއަސާސީގެ 69 ވަނަ މާއްދާއާއި 42 ވަނަ މާއްދާގައި ބަޔާންކުރާ އުޞޫލާ ޚިލާފުވާކަމަށް ބެލެވެން އޮތްކަމަށްބުނެ ހުށަހެޅި ނުކުތާއެވެ. އިސްތިއުނާފުކުރާ ފަރާތުން ދެއްކި ވާހަކަތައް:

16އިސްތިއުނާފުކުރާ ފަރާތުން އިސްތިއުނާފީ ނުކުތާގެ ތަފްސީލްތައާ އިސްތިއުނާފީ ފޯމުގައި ބަޔާންކޮށްފައިވެއެވެ. އަދި އެނުކުތާގެ ތަފްޞީލު ޚުލާޞާ ގޮތެއްގައި ޝަރީޢަތުގެ މަޖިލީހުގައި ބަޔާންކޮށްދިނުމަށް އެންގުމުން، އެނުކުތާއާ ގުޅިގެން ވާހަކަ ދައްކާފައިވެއެވެ. މިވާހަކަތަކަކީ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގައި ހިމެނޭނެ ބައެއްކަމަށްވާތީ، ޙުލާސާ ގޮތެއްގައި އެކަންކަން ބަޔާންކުރާނަމަވެ. މިގޮތުން؛ .161- އިސްތިއުނާފީ ފުރަތަމަ ނުކުތާ އަދި ދެވަނަ ނުކުތާ ތަފްސީލްކުރަމުން އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވަނީ ހައިކޯޓުގެ ނަންބަރު 2016/HC-A/98 ޤަޟިއްޔާއިން އެމައްސަލަ އަލުން ބެލުމަށް ތަހްވީލުކުރުމުން، އިސްތިއުނާފުކުރާ ފަރާތުން މިމައްސަލައިގައި ދަށު ކޯޓުގައި އެދިފައިވާނީ މައްސަލައިގެ ލިޔެކިޔުންތައް އަދި ގެއްލުމުގެ މިންވަރާއި ބަދަލު ދިރާސާކުރުމަށްފަހު ދަޢުވާ އަލުން ވެއްދުމަށްޓަކައި ދައުވާ ފޯމް ބާޠިލްކޮށްދިނުމަށް އެދިފައިވާތީ އެފަދައިން ބާޠިލްކުރިކަމަށެވެ. އަދި އެނިންމުން އިސްތިއުނާފު ރައްދުވާ ފަރާތުން އިސްތިއުނާފުކޮށްފައިނުވާކަމަށެވެ. އިސްތިއުނާފުކުރާ ފަރާތުން އަލުން އެމައްސަލަ ހުށަހެޅުމުން، އެމައްސަލައަކީ ކުރިއަށް ގެންދެވޭނެ މައްސަލައެއްނޫންކަމަށާއި، އެމައްސަލައަކީ އާމައްސަލައެއްތޯ ނުވަތަ ތަހްވީލް މައްސަލައެއްތޯ ކަނޑައަޅަންޖެހޭނެކަމަށްބުނ އިސްތިއުނާފެ ރައްދުވު ފަރާތުން އިޖުރާއީ ނުކުތާއއެ ނެގިކަމަށެވެ. އަދި މިނުކުތާއާއި ގުޅިގެން ކޯޓުން ނިންމީ އެއީ އާމައްސަލައެއްކަމަށެވެ. .261- އިސްތިއުނާފުކުރެވިފައިވާ މައްސަލައިގައި ގިނަ އަޑުއެހުންތަކެއް ބޭއްވުނު އިރު ކޮންމެ އަޑުއެހުމެއްގައިވެސް އިސްތިއުނާފު ރައްދުވާ ފަރާތުން އިޖުރާއީ ނުކުތާ ނަގަމުންދިޔަކަމަށާއި، އެގޮތަށް ހަދަން ފެށުމުން، މައްސަލައަށް ވާހަކަ ދެއްކުމަށް މައްސަލަ ބަލަމުންދިޔަ މެޖިސްޓްރޭޓް އެތައް ފަހަރެއްގެ މަތިން އަމުރުކޮށްފައިވާކަމަށެވެ. އަދި މައްސަލައިގައި ހެކި ހުށަހަޅަން ހުރިކަމަށް އިސްތިއުނާފު ރައްދުވާ ފަރާތުން ބުނުމުން ހެކި ހުށަހަޅަން އެތައް ފުރުސަތެއް ދިންނަމަވެސް ހެކި ހުށަހަޅާފައިނުވާކަމަށެވެ. އޭގެފަހުން، މައްސަލަ ބަލަމުންދިޔަ މެޖިސްޓްރޭޓް ބަދަލުވެ، އަޑުއެހުންތަކެއް ކުރިއަށް ގެންގޮސް، ނިންމާފައިވަނީ މިމައްސަލަ ބެލުމުގެ އިޚްތިޞާޞް އައްޑުއަތޮޅު ފޭދޫ މެޖިސްޓްރޭޓް ކޯޓަށް ލިބިގެންނުވާކަމަށެވެ. .361- ޝަރީޢަތް ހިންގުމުގައި ޢަމަލުކުރާ ޢާންމު އުސޫލަކީ ދައުވާލިބޭ ފަރާތުން އިޖުރާއީ ނުކުތާއެއް ނަގާނަމަ އެމައްސަލައެއްގެ ފުރަތަމަ އަޑުއެހުމުގައި އިޖުރާއީ ނުކުތާ ނަގަން ފުރުސަތު ދިނުންކަމަށާއި، އަދި ހުށަހެޅި އިޖުރާއީ ނުކުތާއަށް ގޮތެއް ނިންމުމަށްފަހު ހަމަ އެނުކުތާއަށް އަލުން ހުށަހަޅަން ފުރުސަތު ނުދެވޭނެކަމަށާއި، އަދި ބާއްވާ ކޮންމެ އަޑުއެހުމެއްގައި އިޖުރާއީ ނުކުތާ ނަގައި ވާހަކަ ދައްކަން ފުރުސަތު ދިނުމަކީ ޝަރީޢަތް ހިންގުމުގެ އާއްމު އުސޫލާއި ޚިލާފްކަމެއްކަމަށެވެ. .461- އިސްތިއުނާފީ ތިންވަނަ ނުކުތާ ތަފްސީލްކުރަމުން ބުނެފައިވަނީ މިފަދަ ތަހުވީލީ މައްސަލަތަކގު ދަޢުވާއަށް ބަދަލު ގެނައުމުގެ ހުއްދަ މިނިވަން ދިމިޤްރާތީ މުޖުތަމަޢުތަކުގައި ދެވޭކަން މައްސަލަ ބެލި މެޖިސްޓްރޭޓްގެ ހޯދުންތަކުން އެނގިފައި އޮތްނަމަވެސް، މިމައްސަލައިގެ ދަޢުވާއަށް ގެއްލުމުގެ ބަދަލުގެ ބައި އިތުރުކޮށްފައިވަނީ އެކަން ކޯޓަށް ހުށަހަޅައި ހުއްދަ ހޯދައިގެންކަމަށް ބެލެވެން އޮތްނަމަވެސް، މިމައްސަލަ ނިންމާފައިވަނީ ދިމާ އިދިކޮޅަށް، މައްސަލައިގެ ޙުކުމަށް ވާސިލްވުމަށް ފާހަގަކޮށްފައިވާ ނުކުތާތަކުގައި ބަޔާންކޮށްފައިވާ ހަމަތަކާ ޚިލާފަށްކަމަށެވެ. މީގެ އިތުރުން ތަހްވީލްކުރެވޭ މައްސަލައެއް ބާޠިލްކުރުމުން އަލުން ހުށަހެޅޭ މައްސަލައެއް ބެލޭނީ އެފަދަ މައްސަލައެއް ބެލުމުގެ އުޞޫލުތަކެއް ކަނޑައެޅިގެންކަމަށ ޝަރީޢަތް ނިމުން ގޮތުގު ރިޕޯޓުގައި ފާހަގަކޮށްފައިވީނަމަވެސް، އެއިޝާރާތްކުރ އުޞޫލާ ކަނޑއެޅިފައަ ނެތުމަކީ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ ދަށުން ލިބިދީފައިވާ އަސާސީ ޙައްޤަކަށް ޤާނޫނުއަސާސީގެ 69 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ދުސްތޫރީ ހަމަތަކާ ޚިލާފަށް ނިގުޅައި ގަނެވިދާނެކަމެއްނޫންކަމަށެވެ. އިސްތިއުނާފުކުރާ ފަރާތުން އެދޭ ގޮތް:

17އިސްތިއުނާފުކުރާ ފަރާތުން އެދިފައިވަނީ އައްޑުއަތޮޅު ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 220/S4C/2018 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭ ކަމަށް ކަނޑައަޅުއްވައި ދެއްވައި، އެ ޙުކުމް ބާޠިލު ކޮށްދެއްވައި އިސްތިއުނާފުކުރާ ފަރާތުން އެދޭ ފައިސާ ނަންގަވައި ދެއްވައި މައްސަލަ ނިންމަވައިދެއްވުމަށާއި އަދި މިމައްސަލަ ދަށުކޯޓަށް އަލުން ތަހުވީލުކޮށްފިނަމަ އާދަޔާ ޚިލާފަށް އަދި އެކަށީގެން ނުވާވަރުގެ ދިގު މުއްދަތެއް ނަގާނެކަނ އެނގެން އޮތަތީ ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގ ކޯޓުތަކުގެ ޤާނޫނު) ގެ 46 ވަނަ މާއްދާގެ (ނ) އަށް ރިޢާޔަތްކުރައްވައި މިމައްސަލައިގެ މައުޟޫޢުއަށް ދިވެހިރާއްޖޭގެ ހައިކޯޓުން ގޮތެއް ކަނޑައަޅުއްވައިދެއްވުމަށެވެ. އިސްތިއުނާފު ރައްދުވާ ފަރާތުން ދެއްކި ވާހަކަތައް:

18އިސްތިއުނާފ ރައްދުވު ފަރާތުން އިސްތިއުނާފީ ނުކުތާތަކުގެ ޖަވާބުގައި މައިގަނޑު ގޮތެއްގައި ބުނެފައިވަނީ ހައިކޯޓުން ތަހްވީލުކުރެވުނު މައްސަލައިގައި އިސްތިއުނާފުކުރާ ފަރާތުން އަމިއްލައަށް އަލުން ދިރާސާކުރުމަށްކަމަށްބުނ މައްސަލެ ބާޠިލްކުރަން އެދުމުން އެފޯމް ބާޠިލްކޮށްފައިވާކަމަށެވެ. އައްޑުއަތޮޅޫ ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 153/S4C/2018 ޤަޟިއްޔާ ބާޠިލުކޮށްފައިވަނީ އިސްތިއުނާފު ރައްދުވާ ފަރާތުގެ ޣައިރު ޙާޟިރުގައިކަމަށާއި، އެހެންކަމުން އުހުދު އިންވެސްޓަށ ވާހަކް ދެއްކުމަށް އެއްވެސް ފުރުސަތެއް ނުލިބޭކަމަށެވެ. އަދި އޭގެފަހުން އެމައްސަލަ އަލުން އިސްތިއުނާފުކުރާ ފަރާތުން ހުށަހެޅިއިރު ހުށަހަޅާފައިވަނީ ތަފާތުކޮށްކަމަށެވެ. މައުޟޫޢުގައި އެއްކަމެއް އޮތްނަމަވެސް ޝަފަހީ ހެކިންގެ ގޮތުގައި އތުރި ހެކިންތަކެއް ހުށަހަޅުއްވާކަމަށާއި ގެއްލުމުގެ ބަދަލުގައި އަދަދުވެސް ބޮޑުކޮށް އިތުރު ހެކިތަކާއި އެއްކޮށް ހުށަހެޅިކަމަށެވެ. އިސްތިއުނާފު ރައްދުވާ ފަރާތުގެ ވަކީލް 20 ނޮވެންބަރު 2023 ގައި ބޭއްވުނު އަޑުއެހުމުގައި ލިޔުމުން ޖަވާބުދާރީވުމަށް ފުރުސަތަކަށް އެދިފައިވީނަމަވެސް، ލިޔުމުން ޖަވާބު ހުށަހަޅާފައެއް ނުވެއެވެ.

19މިމައްސަލައިގއަ އިސްތިއުނާފި ރައްދުވު ފަރާތުން އިޖުރާއީ ކަމެއްގެ ގޮތުގައި މައުޟޫޢުގައި މި މައްސަލަ ހިންގިއިރު މައިގަނޑަކަށް ނަގާފައިވނާ އިޖުރާއީ ނުކުތާކަމަށެވެ. އެގޮތުން ހަތަރުކަމެއް ފާހަގަކޮށްފައިވާނެކަމަށާއި ފުރަތަމަކަމަކަށް ފާހަގަކޮށްފައިވަނީ މި މައްސަލައަކީ ތަހްވީލީ މައްސަލައެއްކަމަށްވާތީ ތަހްވީލީ އުސޫލުތަކާއި އެއްގޮތަށް މައްސަލަ ހިންގާދިނުމަށްކަމަށެވެ. މީގެ އިތުރުން، މިމައްސަލައިގެ މައުޟޫޢަށް ހައިކޯޓުން ގޮތެއް ނިންމާފައިވާތީ، އިތުރު ދަޢުވާއެއް ކުރުމުގެ ޤާނޫނީ ފުރުސަތު އިސްތިއުނާފުކުރާ ފަރާތަށް ލިބިގެންނުވާކަމަށްވެސް ފާހަގަކޮށްފައިވާނެކަމަށެވެ. ދެވަނަކަމަށް ފާހަގަކޮށްފައިވާނީ މައްސަލައިގައި މައުޟޫޢުގައި ހެކި ހުށަހެޅިފައިވާކަމަށާއި އެހެންކަމުން ދަށު ކޯޓުން މައްސަލައިގެ ހެއްކާއި ޤަރީނާތަކާއިއެކު ވަޒަންކޮށް ފައިސަލާކުރަނިވި ޙުކުމެއް ކޮށްދިނުމަށެވެ. އެހެނ އިސްތިއުނާފީ ރައްދުވާ ފަރާތުން ތަހްވީލްކުރ މައްސަލައިގައި ހެކި ރަނގަޅަށް ވަޒަންކޮށްފައިނުވާކަމުގެ ޝކުވަ ހުށަހަޅާފައިވާނެކަމަށެވެ. އެހެންކަމަން، އަނެއްކާ އިތުރު އައު ޝަފަހީ ހެކިންގެ ގޮތުގައި 6 ހެކިން ނުވަތަ 7 ހެކިން ހުށަހަޅައިގެން އެމައްސަލަ އަލުން ބެލިދާނެކަމަށް ޤަބޫލުނުކުރެވޭކަމަށްބުނެ އެކަން ފާހަގަކޮށްފައިވާނެކަމަށެވެ. ތިންވަނަކަމަކަށް ސުވާލު އުފައްދާފައިވަނީ ތަހްވީލްކޮށްފައިވާ މައްސަލައެއްގައި އިސްތިއުނާފުކުރާ ފަރާތަށް މައްސަލަ އަނބުރާ ގެންދިއުމުގެ ބާރު ލިބިގެންވާތޯ ކަމާއިމެދުކަމަށެވެ.

20މިގޮތުން އިސްތިއުނާފު ރައްދުވާ ފަރާތުން ބަލާފައިވާނީ ސިވިލް ކޯޓުގައި މައްސަލައެއް ތަހްވީލުކުރުމުން ޢަމަލުކުރާނެ ގޮތުގައި ގަވާއިދަށްކަމަށެވެ. ސިވިލް ކޯޓުގެ ގަވާއިދަށް އިސްތިއުނާފު ރައްދުވާ ފަރާތުގެ އަރގިއުމަންޓްސް ބޭސްކުރީ ސ.ފޭދޫ މެޖިސްޓްރޭޓް ކޯޓުގައި ތަހްވީލްކުރުމުނ ޢަމަލުކުރާން ގޮތުގެ އިޖުރާއަތެއް ނެތުމުންކަމަށެވެ. އެގޮތުން މައްސަލައެއް ތަހްވީލްކުރުމުން އެމައްސަލައެއްގެ ދައުވާކުރާ ފަރާތްވެސް ބަދަލުވެގެންދާނެކަމަށާއި، ރަޖިސްޓްރީކުރަނ ވަކް އިޖުރާއަތެއް އޮންނާނެކަމަށް ފާހަގަކޮށްފައިވާނެކަމަށެވެ. މިގޮތުން ތަހްވީލްކުރާ މައްސަލައިގައި ދައުވާކުރާ ފަރާތަކަށް ވެގެންދާނީ އެމައްސަލަ ހައިކޯޓުގައި އިސްތިއުނާފުކުރި ފަރާތްކަމަށެވެ. އެހެންކަމުން މިކަންކަމަށް ބަލާފައި އިސްތިއުނާފުކުރާ ފަރާތަކަށް ދައުވާ ފޯމް އިސްލާހު ކުރުމަށް ނުވަތަ ބާޠިލްކުރުމުގެ ބާރު ލިބިގެންނުވާނެކަމަށް ފާހަގަކޮށްފައިވާނެކަމަށެވެ. އިސްތިއުނާފު ރައްދުވާ ފަރާތުން އެދޭގޮތް:

21އިސްތިއުނާފު ރައްދުވާ ފަރާތުން އެދިފައިވަނީ އިސްތިއުނާފުކޮށްފައިމިވާ އައްޑުއަތޮޅު ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 220/S4C/2018 ޤަޟިއްޔާގައި ބެލި މައްސަލަ ހައިކޯޓުން ބަލައި ގޮތެއް ކަނޑައަޅުއްވައިދެއްވުމަށެވެ. ޝަރީޢަތަށް ފާހަގަކުރެވުނު ކަންކަން:

22މި މައްސަލައާއި ގުޅިގެން އައްޑުއަތޮޅު ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 220/S4C/2018 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށާއި އެމައްސަލަ އިސްތިއުނާފުކުރުމަށް ވަން ޕްލަސް ހޯލްޑިންގްސްގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތތަކާއާ ގުޅިގެނި ދެފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި އެންމެހައި ލިޔުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް ޝަރީޢަތަށް ފާހަގަކުރެވެއެވެ. ހައިކޯޓުން ތަޙުވީލުކުރާ މައްސަލަތައް:

23HN1ޤާނޫނު ނަންބަރު: 2010/22 (ދިވެހިރާއްޖޭގ ކޯޓުތަކުގެ ޤާނޫނު) 47 ވަނަ މާއްދާގައި ބަޔާންކުރަނީ؛ ދަށު ކޯޓުން ނުވަތަ ޓްރައިބިއުނަލުން 47. (ހ) މި ޤާނޫނުގެ 46 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން އަލުން މައްސަލަ އަލުން ބެލުން ބެލުމަށް ހައިކޯޓުން ދަށު ކޯޓަށް ނުވަތަ ޓްރައިބިއުނަލަށް ތަޙުވީލުކުރާ މައްސަލަތަކުގައި، ދަށު ކޯޓުން ނުވަތަ ޓްރައިބިއުނަލުން މައްސަލަ މައުޟޫޢީގޮތުން ބަލަންވާނީ އެ ޤަޟިއްޔާއެއްގައި ހައިކޯޓުން ޙުކުމްކރު ނުކުތާގެ ތަރަހައިގެ ތެރޭގައެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން، ތަޙުވީލުކުރީ މުޅި މައްސަލަކަމުގައި ނުވެފައި، މައްސަލައިގެ ބައެއްކަމުގައިވާނަމަ، ދަށު ކޯޓުން ނުވަތަ ޓްރައިބިއުނަލުން ބަލާނީ ހަމައެކަނި އެބައެވެ. އަދި، ދަށު ކޯޓަށް ނުވަތަ ޓްރައިބިއުނަލަށް ތަޙުވީލުނުކުރާ ބައިގެ މައްޗަށް އެހާތަނަށްކޮށްފައިވާ ޙުކުމް ދެމިއޮންނާނެއެވެ .

(ނ) މި ޤާނޫނުގެ 46 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން އަލުން ބެލުމަށް ހައިކޯޓުން ތަޙުވީލުކުރާ މައްސަލަތައް ދަށު ކޯޓުން ނުވަތަ ޓްރައިބިއުނަލުން ބަލަންވާނީ އެ މައްސަލައެއްގައި ކުރިން ޙުކުމްކުރި ނުވަތަ ނިންމުން ނިންމި ފަނޑިޔާރު ނުވަތަ ނިޔާވެރިޔާ ނޫން އެހެން ފަނޑިޔާރަކު ނުވަތަ ނިޔާވެރިއެކެވެ .

24މިމައްސަލައިގައި ދަށު ކޯޓުން ޢަމަލު ކޮށްފައިވަނީ މަތީގައި ބަޔާންކުރި ޤާނޫނީ އިޖުރާއަތާއި އެއްގޮތަކަށް ނޫނެވެ. އެކަން މިރިޕޯޓުގައި ކުރިން ބަޔާން ކުރެވިއްޖެއެވެ. ހައިކޯޓުން ދަށުކޯޓަށް މައްސަލައެއް އަލުން ބެލުމަށް ތަޙުވީލު ކުރުމުން، އެމައްސަލައެއް ބަލަންޖެހޭނީ، އެޤަޟިއްޔާގައި ހައިކޯޓުން ޙުކުމްކުރި ތަރަހައިގެ ތެރޭގައެވެ. އަދި ހައިކޯޓުން ތަހުވީލުކުރީ މައްސަލައިގެ ބައެއް ކަމުގައިވާނަމަ، ދަށު ކޯޓުން ބަލަންޖެހޭނީ އެތަހުވީލުކުރި ބައެވެ.

25HN2HN3ތަޙުވީލުކުރާ މައްސަލައެއްދަށ ކޯޓުގައު ހިންގާއިރު، އެމައްސަލައިގެ ދަޢުވާވެރިޔާ ނުވަތަ ފުރަތަމަ ދަޢުވާކުރި ފަރާތް ނުވަތަ ފަރާތްތަކުން، އެކީ އެކަށް ދަޢުވާ ކުރުމުގެ ޙައްޤު ދޫކޮށްލާ ޙާލަތުގައި މެނުވީ، ތަޙުވީލުކުރި މައްސަލަ އަނބުރާ ގެންގޮސް އެމައްސަލަ މުރާޖަޢާކޮށް އުނިއިތުރު ގެނެސް އަލުން ހުށަހެޅުމަށް ފުރުޞަތު ނުދެވޭނެއެވެ. ވީމާ، މިމައްސަލަ ތަޙުވީލު ކުރުމުން، ވަން ޕްލަސް ހޯލްޑިންގްސްއަށް މިދަޢުވާ މުރާޖަޢާކޮށް އުނިއިތުރުގެނެސ ހުށަހެޅުމަށް ކޯޓުން ފުރސަތުދިން ދިނުމަކީ ޤާނޫނާއެއްގޮތަށް ކުރިކަމެއް ނޫނެވެ. މިއީ، ކޓަށޯ ހެދިފައިވާ ގޯހެކެވެ. ކޯޓަށް ހެދޭ ގޯހުގެ ގެއްލުން ތަހައްމަލު ކުރަންޖެހޭ ފަރާތަކީ އެމައްސަލައިގައި ހިމެނޭ މީހުން ކަމަށްވެގެން ނުވާނެއެވެ. މިޙާލަތުގައި ކޯޓުން ކުރަންޖެހޭ ކަމަކީ، ކޯޓަށް އެހެދުނު ގޯސް ރނަ ގަޅުކޮށް ހައިކޯޓުން މިމައްސަލަ ތަހުވީލު ކުރިއިރު ޙުކުމްކުރި ތަރަހައިގެ ތެރެއިން މައްސަލަ ފައިސަލާކޮށް ބެލުމެވެ. އަހުރުން ހިތުން، މިމައްސަލައިގައި، ފުރަތަމަ މައްސަލަ ބެލި ފަނޑިޔާރުވަނީ ކޯޓުން ހެދި ގޯސް ރަނގަޅު ކުރުމަށް މަސައްކަތް ކޮށްފައެވެ. "Actus Curiae Neminem Gravabit" (nobody should be allowed to suffer for the fault of the court).

26HN4މިގޮތުން، އުހުދު އިންވެސްޓްމަންޓްއިނ ހުށަހެޅް އިޖުރާއީ ނުކުތާތަކަށް ކުރިން މައްސަލަ ބެލި ފަނޑިޔާރު ގޮތް ނިންމާފައިވާކަން މިރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ. އަދި މިމައްސަލައަކީ ތަހުވީލީ މައްސަލައެއްގެ ގޮތުގައި ކުރިއަށް ގެންދިއުމަށް ނިންމާ، ދެފަރާތަށްވެސް ހެކި ހުށަހެޅުމަށް ފުރުޞަތު ދިންކަމަށް ފާހަގަ ކޮށްފައިވެއެވެ. މިމައްސަލަ ކުރިއަށް ގެންދަނީ ތަޙްވީލުކުރި މައްސަލައެއްގެ ގޮތުގައި ކަމަށް ބަޔާންކުރަމުން ދަށު ކޯޓުގެ ރިޕޯޓުގެ 12 ވަނަ ނުކުތާގައި ފާހަގަކޮށްފައިވަނީ؛ " އައްޑޫ އަތޮޅު ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު:220/S4C/2018 ޤަޟިއްޔާއަކީ، އައްޑޫ އަތޮޅު ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 153/S4C/2018 ޤަޟިއްޔާ އަނބުރާ ގެންގޮސް ވަންޕްލަސް ހޯލްޑިންގސްގެ ފަރާތުން އަލުން ހުށަހަޅާފައިވާ މައްސަލައެއްކަމުގައި ވީނަމަވެސް މިއީ މައުޟޫޢީގޮތުން އިސްވެދެންނެވުނު (ނަންބަރު 153/S4C/2018) މައްސަލަކަން އެނގޭތީއާއި، މިކޯޓަށް ތަޙުވީލުކުރެވިފައިވަނީ މުޅި މައްސަލަ އަލުން ބަލަންކަމަށްވާތީ، މިމައްސަލަ (ނަންބަރު 220/S4C/2018ޤަޟިއްޔާ) ހިންގާނީ ތަޙުވީލީ މައްސަލައެއްގެ ގޮތުގައި އެޤަޟިއްޔާގައި ޙުކުމް ކުރެވިފައިވާ ނުކުތާތަކުގެ ތަރަޙައިގެތެރޭގައި، ޤާނޫނު ނަންބަރު 2010/22 (ކޯޓުތަކުގެ ޤާނޫނު) ގެ 47 ވަނަ މާއްދާގައިވާ ގޮތުގެ މަތިންކަން، 25 މާރިޗް 2021 ގައި މިމައްސަލަ އޭރު ބެއްލެވި މެޖިސްޓްރޭޓް ނިންމާފައިވެއެވެ. އަދި އެގޮތުގެ މަތިން މައްސަލަ ކުރިއަށް ގެން ދާނެ ގޮތުގެ ތާވަލެއް ކަނޑައެޅިފައިވެއެވެ."

27ނަމަވެސް މިމައްސަލަ ބެލުމަށް އަނެއްކާވެސް އެހެން ފަނޑިޔާރަކާ ޙަވާލުވިފަހުން، އުހުދު އިންވެސްޓްމަންޓްގެ ފަރާތުން، ކުރިން ހުށަހަޅައި ގޮތް ނިންމާފައިވާ އިޖުރާއީ ކަންކަން ތަކުރާރުކޮށް ހުށަހެޅުމުން، އެކަންކަން ބަލައިގެންފައިވެއެވެ. ނަތީޖާއަކީ، ތަޙުވީލުކުރި މައްސަލައިގެ މިސްރާބު ގެއްލި، މައުޟޫޢުން ބޭރު ގިނަ ވާހަކަތަކަށްފަހު، މިމައްސަލައަކީ އައްޑުއަތޮޅު ފެދޫ މެޖިސްޓްރޭޓް ކޯޓުގައި ބެލޭނެ މައްސަލައެއް ނޫންކަމަށް ކަނޑައެޅުމެވެ.

28މިއީ މިކަން ހިނގައިގެންވާނެ ގޮތެއް ނޫނެވެ. ތަޙުވީލުކުރި މައްސަލައެއްގެ މުރާޖަޢާކޮށް އުނިއިތުރު ގެނެސް އަލުން ހުށަހެޅޭގޮތަށް އަނބުރާ ގެންދިއުމުގެ ހުއްދަދިނުމަކީ ނުކުރެވޭނެ ކަމެއްކަމަށް ދަށު ކޯޓުގެ ފަނޑިޔާރު ފާހަގަ ކުރުމަށްފަހު، އެކަމަށްދޭން ޖެހޭ ފަރުވާއަކަށްވާނީ، އެކުރެވުނު މުރާޖަޢާ ނުވަތަ ގެނެވުނު އުނިއިތުރުތައް އިޖުރާއީ ގޮތުން ނިންމި ގޮތް 25 ސެޕްޓެމްބަރު 2019، އިޖުރާއީ ގޮތުން ނިންމި ގޮތް 04 ސެޕްޓެމްބަރު 2019. ދަށު ކޯޓުގެ ރިޕޯޓްގެ 6 ވަނަ ނުކުތާގައި. ކޯޓުން ބަލައިގަތް ގަތުން ބާޠިލުކޮށް، ކޯޓަށް ހެދުނު ގޯސް ރަނގަޅު ކުރުމަށްފަހު، އަޞްލު ފުރަތަމަ ހުށަހެޅި މައްސަލަ ހުށަހެޅި ގޮތަށް، ހައިކޯޓުން ޙުކުމްކުރި ތަރަހައިގެ ތެރޭގައި ޝަރީޢަތްކޮށް ނިންމުމެވެ. މިމައްސަލަ ހައިކޯޓުން ތަޙުވީލު ކުރިއިރު އެންގި ގޮތާއި އެއްގޮތަކަށް ޝަރީޢަތެއްކޮށ މައްސަލް ބަލާފައެއް ނެތެވެ.

29HN5ސުވާލަކީ މިޙާލަތުގައި ދެން ޙުކުމް ކުރާނީ ހައިކޯޓުން ހެއްޔެވެ ؟ ޤާނޫނު ނަންބަރު:2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 46 ވަނަ މާއްދާގެ (ނ) އާއި (ރ) ގައި ބަޔާންކުރަނީ؛ މައުޟޫޢީގޮތުން 46. ކޯޓެއްގެ އިޚްތިޞާޞްއަކާ ޚިލާފުވުމުގެ މައްސަލައެއް ފިޔަވައި ހައިކޯޓަށް މައްސަލަ ބެލުމުގައި ހުށަހެޅޭ މައްސަލަތައް މައުޟޫޢީގޮތުން ބެލުމުގައި ޢަމަލުކުރާނީ ތިރީގައިވާ ހައިކޯޓުން ޢަމަލުކުރާނެ ގޮތްތަކުންކުރެ ގޮތަކަށެވެ . އުޞޫލު

(ނ) ދަށު ކޯޓުން ނުވަތަ ޓްރައިބިއުނަލުން މައްސަލަ އަލުން ބެލުމުގައި، މި މާއްދާގައިވާ ގޮތުގެމަތިން، ހައިކޯޓުން ކަނޑައެޅި ޤާނޫނީ އުޞޫލާ އެއްގޮތަށް ދަށު ކޯޓުން ނުވަތަ ޓްރައިބިއުނަލުން ޢަމަލުކޮށްފައިނުވާނަމަ، ނުވަތަ ދަށު ކޯޓުން ނުވަތަ ޓްރައިބިއުނަލުން ދެވަނަ ފަހަރަށް ކުރި ޙުކުމުގައި ނުވަތަ ނިންމި ނިންމުމުގައި އިސްތިއުނާފުކުރުމަށް މި ޤާނޫނު ހުއްދަ ކުރާ ސަބަބެއް އޮތްނަމަ، އެ މައްސަލަ ހައިކޯޓުގައި ދެވަނަ ފަހަރަށް އިސްތިއުނާފުކުރެވިދާނެއެވެ.

(ރ) މި މާއްދާގެ (ނ) ގައިވާ ގޮތުގެމަތިން މައްސަލަ ބެލުމުގެ ތެރޭގައި ކަންހިނގާފައިވާ ގޮތް އަލުން ސާބިތުކުރުން ހިމެނޭ ނަމަވެސް، އެ ކަންތައް ބަލަން ދަށު ކޯޓަށް ނުވަތަ ޓްރައިބިއުނަލަށް ތަޙުވީލުކުރުމަކާ ނުލައި އަލުން މުޅި މައްސަލަ ބަލާނީ ހައިކޯޓުންނެވެ . އަދި މައްސަލަ ބެލުމުގައި ކުރިން ދަށު ކޯޓަށް ނުވަތަ ޓްރައިބިއުނަލަށް އަނބުރާ ތަޙުވީލުކުރިއިރު ކަނޑައެޅި ޤާނޫނީ އުޞޫލުގެ ތަރަހައިގެ ތެރެއިން ޙުކުމްކުރުން ހައިކޯޓަށް ލާޒިމުވާނެއެވެ.

30މަތީގައި ޙަވާލާދެވުނު ޤާނޫނުގެ 46 ވަނަ މާއްދާގެ (ނ) އާއި (ރ) ގައި ބަޔާންކުރާ ވާހަކައަކީ، ތަޙުވީލުކުރި މައްސަލަ އަލުން ބެލުމުގައި، ހައިކޯޓުން ކަނޑައެޅި ޤާނޫނީ އުޞޫލާ އެއްގޮތަށް ދަށު ކޯޓުން ޢަމަލުކޮށްފައި ނުވާނަމަ، ހައިކޯޓަށް އެމައްސަލައިގައި ޙުކުމް ކުރުން ލާޒިމުވާ ވާހަކައެވެ. ހުށަހެޅިފައިވާ މައްސަލަ ދަށު ކޯޓުން ބަލާފައެއް ނެތެވެ. އެހެންކަމުން، މިމައްސަލައިގައި ހައިކޯޓުން ޙުކުމް ކުރަންޖެހޭ ކަމަކަށް ބުރައެއް ނުވެވެއެވެ. ސަބަބަކީ، މިފުރުޞަތު މިކޯޓުން ހުޅުވާލައިފިނަމަ، މައްސަލައެއް ދަށުކޯޓަށް ތަޙުވީލު ކުރުމުގެ މަޤްޞަދު ޙާޞިލުނުވާނެތީއެވެ.

31އެހެންކަމުން އަހުރެންނަށް ބުރަވެވެނީ މި މައްސަލަ ޤާނޫނު ނަންބަރު:2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 32 ވަނަ މާއްދާގެ (ނ) ގެ ދަށުން، މިމައްސަލަ ބެލި ދަށު ކޯޓަށް ފޮނުވަންޖެހޭ ކަމަށެވެ. އެއަކުރުގައި ބަޔާން ކުރަނީ؛ ހައިކޯޓުގެ މައްސަލަ 32. (ނ) ހައިކޯޓުގައި އިސްތިއުނާފުކުރެވޭ މައްސަލަ ބަލާ ބެލުމުގެ އުޞޫލު ފަނޑިޔާރުންނަށް، އެ މައްސަލަ ދަށު ކޯޓުގައި ބެލިއިރު، ނުބެލި ހުރި ކަންތައްތަކެއް ހުރިކަން ފާހަގަކުރެވިގެން އެ މައްސަލަ އަލުން ބެލުމުގެ މަޞްލަޙަތު ބޮޑުކަމަށް ފެނިއްޖެނަމަ، ދަށު ކޯޓުގައި އެ މައްސަލަ ބަލަންޖެހޭ ޤާނނޫ އުޞޫލުތައް ކަނޑައަޅައި، އެ މައްސަލަ ބެލުމަށްޓަކައި، އެ މައްސަލަ ބެލި ދަށު ކޯޓަށް ފޮނުވިދާނެއެވެ . މައްސަލަ ނިންމުން:

32HN6HN7ބަޔާންވެދިޔަ ސަބަބުތައް އެހެން ހުރުމުން، އައްޑުއަތޮޅު ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 220/S4C/2018 ޤަޟިއްޔާގެ ނިންމުމަށް ބަދަލުގެންނަންޖެހޭ ކަމަށް އަހުރެންނަށް ބުރަވެއެވެ. އަދި ތިރީގައިވާ ގޮތުގެ މަތިން ޢަމަލު ކުރުމަށް އަންގައި، މިމައްސަލަ އައްޑުއަތޮޅު ފޭދޫ މެޖިސްޓްރޭޓް ކޯޓަށް އަނބުރާ ފޮނުވަންޖެހޭ ކަމަށް ދެކެމެވެ.

1.32.ދިވެހިރާއްޖޭގ ހައިކޯޓުގެ ނަންބަރު: A/98-S-2016/HC ޤަޟިއްޔާގައި ކަނޑައަޅާފައިވާ ގޮތަށް ޝަރީޢަތް ކުރިއަށްގެން ދިއުން.

2.32.ހައިކޯޓުގެ A/98-S-2016/HC ޤަޟިއްޔާގައި މައްސަލަ ތަޙުވީލުކޮށް އަލުން ބަލަން އެންގި ތަރަހައަކީ "..."މައްސަލަ ނުވަތަ ދަޢުވަ ސާބިތު ކުރުމަށްޓަކައި ހުށަހަޅަން ބޭނުންވާ ލިޔުންތަކާއި ތަކެތި" މިނަންބަރުގެ ދަށުން، ޖުމްލަ 6 (ހަޔެއް) ލިޔުމެއް (ހެއްކެއް) ބަޔާން ކޮށްފައިވާއިރު،...ނަންބަރު 148/S4C/2016 ޤަޟިއްޔާގެ ޙުކުމް ކުރެއްވިއިރު، ވަން ޕްލަސް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ކޯޓަށް ހުށަހެޅި، ހެކިތަކާމެދު ވާހަކަދައްކައި ސުވާލުކުރުމުގެ ފުރުޞަތު މައްސަލައިގެ އަނެއް ޚަޞްމުކަމުގައިވާ އުޙުދު އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށް ލިބިދީފައިނުވާކަނ ޝަރީޢަތަށް ހުށަހެޅިފައިވާ ލިޔެކިޔުންތަކުން އެނގެން އޮންނާތީ...." މިއީ ކަން.

3.32.އެހެންކަމުން، މި ޝަރީޢަތް ދަށުކޯޓުގައި ކުރިއަށް ގެންދަންޖެހޭނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު :A/98-S-2016/HC ޤަޟިއްޔާއިން ބެލުނު އައްޑޫ އަތޮޅު ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު:148/S4C/2016 ޤަޟިއްޔާ ގައި ހުށަހެޅި ދަޢުވާގެ ޞީޣާގެ މައްޗަށް ބިނާކޮށް އެދަޢުވާ ސާބިތު ކުރުމަށްހުށަހެޅި ހެކިތަކުގެ މައްޗަށްކަން އަދި ވާހަކަ ދެއްކުމުގެ ފުރުޞަތު އަނެއް ޚަޞްމަށް ލިބިދީފައި ނެތް 06 (ހައެއް) ކިތާބީ ހެއްކާމެދު ވާހަކަ ދެއްކުމުގެ ފުރުޞަތު އެފަރާތަށް ދޭންޖެހޭކަން.

4.32.މިގޮތަށް ވާހަކް ދެއްކުމަށްދޭ ފުރުޞަތު ދިނުމާއި އެ ފުރުޞަތުގައި ޚަޞްމުގެ ފަރާތުން ވާހަކަ ދެއްކުމާއި ނުދެއްކުމަކީ ތަފާތު ދެކަމެއްކަމާއި ޝަރީޢަތް ކުރާ ކޯޓެއްގައި އަމުރުވެރިއަކީ އަދި ޝަރީޢަތުގެ ނިޒާމު ހިފަހައްޓާނެ މީހަކީ ޝަރީޢަތްކުރާ ފަނޑިޔާރުކަމާއި ޝަރީޢަތުގެ ނިޒާމު ނަހަމައިން ބޭ ނުން ކުރުމަށް އެއްވެސް ފަރާތަކަށް ފުރުޞަތު ދީގެން ނުވާނެކަން.

5.32.އައްޑު އަތޮޅު ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު:148/S4C/2016 ޤަޟިއްޔާ ދަށު ކޯޓުގައި ހިންގިއިރު، އަދި ދިވެހިރާއްޖޭގެ ހައިކޯޓުގައި އެޤަޟިއްޔާ އިސްތިއުނާފު ކުރިއިރު، އިޚްތިޞާޞްއާގުޅޭ ގޮތުން އުޙުދު އިންވެސްޓްމަންޓްގެ ފަރާތުން ސުވާލެއް އުފައްދާފައި ނުވާކަން އެހެންކަމުން މިމައްސަލައިގައި ދަށު ކޯޓުގެ އިޚްތިޞާޞްއާގުޅޭ ގޮތުން އިތުރަށް އިޖުރާއީ ނުކުތާ ނެގުމަށް ފުރުޞަތދީގެން ނުވާނެކަން.

6.32.އައްޑުއަތޮޅު ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު:148/S4C/2016 ޤަޟިއްޔާ އުޙުދު އިންވެސްމަންޓްގެ ފަރާތުން އިސްތިއުނާފު ކުރުމުން ހައިކޯޓުން ބެލި ނަންބަރު: A/98-S-2016/HC ޤަޟިއްޔާއިން ދަށުކޯޓުގެ އެޤަޟިއްޔާ ތަޙުވީލު ކޮށްފައިވާކަމާއި މިއީ އެގޮތުން ދަށު ކޯޓުން ބަލަން ފޮނުވާ ތަޙުވީލުގެ މައްސަލައެއް ކަމަށްވާތީ، ދަށު ކޯޓުން ގޯހުން އަޅާ ފިޔަވަޅެއްގެ ސަބަބުންވެސް މި މައްސަލައިގެ ޒާތަށް ބަދަލު ގެނެސް މިއީ ތަޙުވީލު ކުރި މައްސަލައެއތް ނުވަތަ ނޫންތޯ ސުވާލު އުފައްދަން ފުރުޞަތު ދީގެން ނުވާނެކަން.

ފަނޑިޔާރު ޙުސައިން މަޒީދުގެ ރައުޔު

33މި މައްސަލައިގައި ފަނޑިޔާރު މުޙައްމަދު ނިޔާޒްގެ ރައުޔަށް އަހުރެން ތާޢީދު ކުރަމެވެ.

ފަނޑިޔާރު މުޙައްމަދު ސަލީމުގެ ރައުޔު

34މި ދެމައްސަލައިގައި ފަނޑިޔާރު މުޙައްމަދު ނިޔާޒްގެ ރައުޔަށް އަހުރެން ތާޢީދު ކުރަމެވެ.

އިސްތިއުނާފުކުރުމުގެ އިޖުރާއަތު ބަޔާންކޮށްދިނުން

35މި ދެޤަޟިއްޔާގައި ދިވެހިރާއްޖޭގެ ހައިކޯޓުން ޙުކުމް ކުރުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ ޙައްޤު މައްސަލައިގެ ޚަސްމުންނަށް ލިބިގެންވެއެވެ. އެގޮތުން އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ މުއްދަތަކީ ދިވެހިރާއްޖޭގެ ހައިކޯޓުން މި ޤަޟިއްޔާގައި ޙުކުމް ކުރާ ތާރީޚުން ފެށިގެން 30 (ތިރީސް) ދުވަހެވެ. އަދި އެ މުއްދަތުގެ ތެރޭގައި ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓު ޚަޞްމުންނަށް ޙަވާލުކޮށްފައިނުވާނަމަ، އިސްތިއުނާފުކުރުމުގެ މުއްދަތު ގުނަން ފަށާނެ ތާރީޚަކީ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓު ޚަސްމުންނ ޙަވާލުކުރާ ތާރީޚެވެ. އެހެންނަމަވެސް ޝަރީޢަތް ނިމުނުގޮތުގެ ޚުލާސާއަށް ބިނާކޮށްވެސް އިސްތިއުނާފަށް ހުށަހެޅިދާނެއެވެ. . ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ހ) . ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ށ) . ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ނ)

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

  • ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 47 ވަނަ މާއްދާ
  • ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 46 ވަނަ މާއްދާގެ (ށ)، (ނ) އަދި (ރ)
  • ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 32 ވަނަ މާއްދާގެ (ނ)
  • ޤާނޫނު ނަންބަރު 9/2022 (ކޯޓުތަކުގެ ޤާނޫނަށް 4 ވަނަ އިޞްލާޙު)
  • ހައިކޯޓުގެ ނަންބަރު 2016/HC-A/98-S ޤަޟިއްޔާ (ތަޙުވީލުކުރި ޤަޟިއްޔާ)
  • Actus Curiae Neminem Gravabit (ޤާނޫނީ ޤަވާޢިދު)

ޝަރީޢަތުގެ ވީޑިއޯ

ހައިކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޝެއަރ ކުރައްވާ