ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
2023/HC-A/119

ޔޫސުފް ޙުސާމް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް

ދަޢުވާ ފޯމު ބާޠިލު · ދަށު ކޯޓުގެ ނިންމުމަށް ބަދަލެއް ނާދޭ
ފަހުގެ ޙުކުމެއްގައި ޙަވާލާދީފައެއް ނުފެނޭޙުކުމުގެ ހާލަތު
ހައިކޯޓު · 8 ސެޕްޓެމްބަރު 2025ދަށު ކޯޓު: ކްރިމިނަލް ކޯޓު (727/Cr-C/2019)ބާވަތް: ޖިނާއީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
ކްރިމިނަލް ކޯޓު (727/Cr-C/2019)
ފަހުގެ ތާރީޚު
ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް

ކޯ ޓާމްސް

ޚުލާޞާ

ކޯޓަށް އައި ގޮތް
ކްރިމިނަލް ކޯޓުގެ 727/Cr-C/2019 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް އެދި ހުށަހެޅުމުން، ހައިކޯޓުގެ 2023/HC-A/119 ޤަޟިއްޔާއިން މައްސަލަ ބަލަމުން ދިޔައެވެ. މައްސަލަ ހައިކޯޓުގައި ރަޖިސްޓްރީކުރެވުނީ 28 މާރިޗު 2023 ގައެވެ. އެ ފަރާތުން ކްރިމިނަލް ކޯޓުގެ 728/Cr-C/2019 ޤަޟިއްޔާއަށް ކުރި އިސްތިއުނާފު ބަލަމުން ދިޔައީ 2023/HC-A/118 ޤަޟިއްޔާއިންނެވެ.
ވާޤިޢާ
ކްރިމިނަލް ކޯޓުގެ ދެ ޖިނާއީ މައްސަލައެއްގެ ނިންމުންތަކަށް ރ. މިލަންދޫ، ބްލޫހައުސް، ޔޫސުފް ޙުސާމް ހައިކޯޓަށް އިސްތިއުނާފުކުރިއެވެ.
ކޯޓުން ނިންމަން ޖެހުނު ސުވާލު
އިސްތިއުނާފުކުރި ފަރާތުން މައްސަލަ ކުރިއަށް ނުގެންދިއުމަށް އެދުމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަވާޢިދުގެ 35 ވަނަ މާއްދާގެ ދަށުން އިސްތިއުނާފުގެ ދަޢުވާ ފޯމު ބާޠިލުކުރަންވީތޯ.
ޚަޞްމުންގެ ހުށަހެޅުންތައް
އިސްތިއުނާފުކުރި ޔޫސުފް ޙުސާމް، 29 ޖޫން 2025 ގައި ހައިކޯޓަށް ފޮނުވި ސިޓީއެއްގައި، ދެ ޤަޟިއްޔާ އިތުރަށް ކުރިއަށް ގެންދަން ބޭނުންނުވާކަމަށް ބުނެފައިވެއެވެ.
ކޯޓުގެ ސަބަބުތައް
އިސްތިއުނާފުކުރި ފަރާތުން ފޮނުވި ސިޓީއަށް ރިޢާޔަތްކޮށް، ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަވާޢިދު (2011) ގެ 35 ވަނަ މާއްދާގެ (ރ) ގެ ދަށުން، މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން އިސްތިއުނާފުގެ ދަޢުވާ ފޯމު ބާޠިލުކުރިއެވެ. މައްސަލައިގެ ޤާނޫނީ ނުކުތާއަކާމެދު ހައިކޯޓުން ގޮތެއް ނިންމާފައެއް ނުވެއެވެ.

ނިންމުން

ދަޢުވާ ފޯމު ބާޠިލު · ދަށު ކޯޓުގެ ނިންމުމަށް ބަދަލެއް ނާދޭ

އިސްތިއުނާފުގެ ދަޢުވާ ފޯމު ބާޠިލު (އިއްތިފާޤުން)

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

މި ލިޔުމުން އުޞޫލެއް ނުނެގުނު.

ވަކީލުންނާއި ފަނޑިޔާރުން

ވަކީލުން
—
ބެންޗު
—
ރިޔާސަތު
—
ރައުޔު ލިޔުނު ފަނޑިޔާރު
—
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

1ހައިކޯޓުގެ ޤަޝިއްޔާ ނަންބަރު: 2023/HC-A/118,119

2މައްސަލަ ހުރަހެޅި ފޯމުގެ ބާވަތް: އިސްތިއުނާފުކުރުމަށް އެދި ހުރަހަޅާ ފޯމް

3މައްސަލަ ރަޖިސްޓްރީ ކުރެވުނު ތާރީޚް: 28 މާރިޗު 2023

4އިސްތިއުނާފް ކުރި ފަރާތް: * ފުރިހަމަ ނަން: ޔޫސުފް ޙުސާމް * ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު: A319611

5އިސްތިއުނާފް ރައްދުވި ފަރާތް: * ފުރިހަމަ ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް * ރަޖިސްޓްރީ ނަންބަރު: -

6ހުރަހެޅިފައިވާ މައްސަލަ: ކްރިމިނަލް ކޯޓުގެ ނަންބަރު 727/Cr-C/2019 ޤަޝިއްޔާ އަދި ނަންބަރު 728/Cr-C/2019 ޤަޝިއްޔާ އިސްތިއުނާފުކުރުމަށް އެދި ރ. މިލަންދޫ، ބްލޫހައުސް، ޔޫސުފް ޙުސާމްގެ ފަރާތުން ހުރަހަޅާފައިވާ 02 (ދޭއް) މައްސަލަ.

7ހައިކޯޓުން ނިންމި ގޮތް: ކްރިމިނަލް ކޯޓުގެ ނަންބަރު 728/Cr-C/2019 ޤަޝިއްޔާ އިސްތިއުނާފުކުރުމަށް އެދި ރ. މިލަންދޫ، ބްލޫހައުސް، ޔޫސުފް ޙުސާމްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުރަހަޅާފައިވާ މައްސަލަ މި ކޯޓުން ބަލަމުންދަނީ މި ކޯޓުގެ ނަންބަރު 2023/HC-A/118 ޤަޝިއްޔާއިންނެވެ. ކްރިމިނަލް ކޯޓުގެ ނަންބަރު 727/Cr-C/2019 ޤަޝިއްޔާ އިސްތިއުނާފުކުރުމަށް އެދި ރ. މިލަންދޫ، ބްލޫހައުސް، ޔޫސުފް ޙުސާމްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުރަހަޅާފައިވާ މައްސަލަ މި ކޯޓުން ބަލަމުންދަނީ މި ކޯޓުގެ ނަންބަރު 2023/HC-A/119 ޤަޝިއްޔާއިންނެވެ. އިސްވެ ޙަވާލާދީފައިވާ 02 (ދޭއް) ޤަޝިއްޔާ އިތުރަށް ކުރިއަށް ގެންދިއުމަށް ބޭނުންނުވާކަމަށް ބުނެ 29 ޖޫން 2025 ގައި ރ. މިލަންދޫ، ބްލޫހައުސް، ޔޫސުފް ޙުސާމްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ސިޓީ ފޮނުވާފައިވާތީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަވާޢިދު 2011 ގެ 35 ވަނަ މާއްދާގެ (ރ) ގެ ދަށުން، ރ. މިލަންދޫ، ބްލޫހައުސް، ޔޫސުފް ޙުސާމްގެ ފަރާތުން ހުރަހަޅާފައިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2023/HC-A/118,119 ޤަޝިއްޔާތަކުގެ ދަޢުވާ ފޯމް، މި 02 (ދޭއް) ޤަޝިއްޔާ ބެލި ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ބާޠިލުކޮށްފީމެވެ.

8މައްސަލަ ނިންމި ފަނޑިޔާރުން

ފުޓްނޯޓު

  1. މި ސިޓީއާ ގުޅިގެން 10 ޖުލައި 2025 ގައި ޔޫސުފް ޙުސާމް ދިވެހިރާއްޖޭގެ ހައިކޯޓަށް ޙާޝިރުކުރެވި މިކަން ކަށަވަރުކުރެވިފައިވެއެވެ.
ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

  • ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަވާޢިދު (2011) ގެ 35 ވަނަ މާއްދާގެ (ރ)

ޝަރީޢަތުގެ ވީޑިއޯ

މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.

ޝެއަރ ކުރައްވާ