ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
2023/HC-A/290

ޓޮޕް ޓުއަރސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވ. ދިވެހި އިންޝުއަރެންސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި
ސުޕްރީމް ކޯޓުން އިސްތިއުނާފުގެ ހުއްދަ ނުދީ (2026/SC-L/4)ޙުކުމުގެ ހާލަތު
ހައިކޯޓު · 8 ޑިސެމްބަރު 2025ދަށު ކޯޓު: ސިވިލް ކޯޓު 3350/Cv-C/2021ބާވަތް: މަދަނީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
ސިވިލް ކޯޓު 3350/Cv-C/2021
ފަހުގެ ތާރީޚު
ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް

ކޯ ޓާމްސް

ޚުލާޞާ

ކޯޓުން ނިންމަން ޖެހުނު ސުވާލު
މެރިން ހަލް އިންޝުއަރެންސް ޕޮލިސީއެއްގެ ބައެއްގެ ގޮތުގައި އިންސްޓިޓިއުޓް ޓައިމް ކްލޯސެސް (އިނގިރޭސި ޤާނޫނާއި ޕްރެކްޓިސް) ހިމެނޭތޯއާއި، ބިދޭސީ ޤާނޫނު ސާބިތުކުރުމުގެ ބުރަ އޮތީ ކާކުގެ މައްޗަށްތޯއާއި، ކުރިން ކުރި އިންޝުއަރެންސް ކްލެއިމެއް ހާމަނުކުރުމުން އިންޝުއަރަރަށް ޕޮލިސީ ބާޠިލުކުރެވޭތޯ.

ނިންމުން

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި

އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 ޕްރޮޕޯސަލް ފޯމަކީ ކޮންޓްރެކްޓާބެހޭ ޤާނޫނީ ހަމަތަކުން އިންވިޓޭޝަނެއް ނޫން، އިންޝުއަރެންސްއަށް އެދޭ ފަރާތުގެ އޮފަރެވެ. ކުންފުނީގެ ޔޫޝުއަލް ޓާރމްސް އެންޑް ކޮންޑިޝަންސްއާ އެކުގައި ކަވަރުކުރާނެ ކަމަށް ފޯމުގައި ބަޔާންކޮށްފައިވާނަމަ، އެ ބާވަތުގެ ޕޮލިސީއަކާ ގުޅިގެން ޢާންމު އުޞޫލުން ހިމަނާ ސްޓޭންޑަޑް ކްލޯސެސް (މިސާލަކަށް އިންސްޓިޓިއުޓް ޓައިމް ކްލޯސެސް) އެ ހުށަހެޅުމުގެ ތެރޭގައި ހިމެނޭނެ ކަމަށް އިފްތިރާޟުކުރެވެއެވެ.

HN2 އިންޝުއަރެންސް ބްރޯކަރަކީ އިންޝުއަރޑް ފަރާތުގެ މަސްލަޙަތުގައި ޙަރަކާތްތެރިވާ އެޖެންޓެކެވެ. ބްރޯކަރަށް މާރކެޓްގައި ޢަމަލުކުރާ ސްޓޭންޑަޑް ހަމަތައް އެނގޭނެ ކަމަށް މަޢުޟޫޢީ ހަމައަކުން ބެލެވޭތީ، ޕޮލިސީއާ އެޓޭޗްވާ ލިޔުންތަކާއި އޭގެ ނަތީޖާ ކިޔައިދިނުމުގެ ޒިންމާ އޮތީ ބްރޯކަރުގެ މައްޗަށެވެ؛ ބްރޯކަރު މެދުވެރިކޮށް ޕޮލިސީ ނެގި ފަރާތަށް އެ ލިޔުމެއް ނުފެނުނުކަމަށް ބުނުމަކުން ނުފުދެއެވެ.

HN3 ބިދޭސީ ޤާނޫނެއް އޮތްގޮތް ސާބިތުކުރުމަކީ އެ ޤާނޫނު ތަޠުބީޤުކުރަން އެދޭ ފަރާތުގެ ބުރައެއް ކަމުގައި (2017/SC-A/23) ވިޔަސް، ކޮންޓްރެކްޓުގެ ދެ ބައިވެރިންވެސް ބިދޭސީ ޤާނޫނަށް ތަބާވާން އެއްބަސްވެފައިވާ ޙާލަތުގައި، ހަމައެކަނި އެއް ފަރާތެއްގެ މައްޗަށް އެ ބުރަ އެޅުމަކީ އިންޞާފުވެރި ގޮތެއް ނޫނެވެ.

HN4 އިންޝުއަރެންސް މުޢާމަލާތު ބިނާވަނީ އެންމެ މަތީ ދަރަޖައިގެ ހެޔޮ ނިޔަތުގެ (uberrimae fidei / utmost good faith) މައްޗަށެވެ. މި ޒިންމާއަކީ ކުރެވޭ ސުވާލުތަކަށް ޖަވާބުދިނުމަށް މަޙްދޫދުނުވާ، ޖައުހަރީ ޙަޤީޤަތްތައް އިޖާބީ ގޮތެއްގައި ހާމަކުރުމުގެ ޒިންމާއެކެވެ؛ އަދި މި ހެޔޮ ނިޔަތް އެއްބަސްވުމުގެ މުޅި މުއްދަތުގައި ދަމަހައްޓަންޖެހޭނެއެވެ.

HN5 ހާމަނުކުރި ޙަޤީޤަތެއް ޖައުހަރީ ކަމެއްތޯ ބަލާނީ މައުޟޫޢީ ޓެސްޓަކުންނެވެ: ޕްރިމިއަމް ކަނޑައެޅުމަށް ނުވަތަ ރިސްކު ޤަބޫލުކުރާނެތޯ ނިންމުމަށް ސަބަބުވެރި އިންޝުއަރަރެއްގެ ނިންމުމަށް އަސަރުކުރާނެ ޙަޤީޤަތަކީ ޖައުހަރީ ޙަޤީޤަތެކެވެ (Carter v. Boehm). އުޅަނދަށް ކުރިން ކުރެވުނު އިންޝުއަރެންސް ކްލެއިމަކީ ޖައުހަރީ ޙަޤީޤަތެކެވެ.

HN6 އިންޝުއަރެންސް ކޮންޓްރެކްޓަކީ ޢާންމު ކޮންޓްރެކްޓުތަކާ ތަފާތު ކޮންޓްރެކްޓެކެވެ. ޖައުހަރީ ޙަޤީޤަތެއް ހާމަނުކޮށް އޮތްކަން ފާޅުވާ ހިސާބުން، އެ ކޮންޓްރެކްޓުގެ ދަށުން ދޫކުރި ޕޮލިސީ ބާޠިލުކުރުމަކީ އިންޝުއަރަރަށް ކުރެވޭނެ ކަމެކެވެ.

ވަކީލުންނާއި ފަނޑިޔާރުން

އިސްތިއުނާފުކުރި ފަރާތުގެ ވަކީލުން
އަޙްމަދު ސިނާޒް، ސައްޔާޙް ޚަލީލް، އެންޑް ސިނާޒު އެލް.އެލް.ޕީ، ބިޝާމް އެންޑް ސިނާޒް އެލް.އެލް.ޕީ
ޖަވާބުދާރީވި ފަރާތުގެ ވަކީލުން
ސާދިޙު ނަޞީރު
ބެންޗު
މުޙައްމަދު ނިޔާޒް، މުޙައްމަދު ޝަނީޒް ޢަބްދުﷲ، ޢަބްދުލްމާނިޢު ޙުސައިން
ރިޔާސަތު
—
ރައުޔު ލިޔުނު ފަނޑިޔާރު
މުޙައްމަދު ނިޔާޒް · ތާއީދުކުރެއްވީ: މުޙައްމަދު ޝަނީޒް ޢަބްދުﷲ، ޢަބްދުލްމާނިޢު ޙުސައިން
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

ފަނޑިޔާރު މުޙައްމަދު ނިޔާޒްގެ ރައުޔު، މި ރައުޔަށް ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲ އަދި ފަނޑިޔާރު

ޢަބްދުލްމާނިޢު ޙުސައިން ތާޢީދު ކުރެއެވެ. މައްސަލައިގެ ތަޢާރަފު:

1މިއީ، ސިވިލް ކޯޓުގެ ނަންބަރު :1C/202-Cv/3350 ޤަޟިއްޔާ އެ ކޯޓުން ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި ޚިލާފަށްކަމަށްބުނެ، ޓޮޕް ޓުއަރސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް (މީގެ ފަހުން "ޓޮޕް ޓުއަރސް" ނުވަތަ "އިސްތިއުނާފު ކުރާ ") ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ. މިޤަޟިއްޔާގެ އިސްތިއުނާފު ރައްދުވާ ފަރާތަކީ ދިވެހި އިންޝުއަރެންސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (މީގެ ފަހުން "ދިވެހި އިންޝުއަރެންސް" ނުވަތަ "އިސްތިއުނާފު ރައްދުވާ )" އެވެ. މައްސަލައިގައި ކަންހިނގާފައިވާ ގޮތް: އިންޝުއަރެންސްއަށ އެދް ހުށަހެޅުން:

2ޓޮޕް ޓުއަރސްގެ ނަމުގައި ރަޖިސްޓްރީ ކުރެވިފައިވާ "ޓޮޕް ކްރޫޒަރ" އެވެ ކިޔާ ސަފާރީ އުޅަނދުގެ ހަލް އަދި މެޝިނަރީ އިންޝުއަރ ކުރުމަށްޓަކައި ކޯޓޭޝަންއެއ ހޯދުމަށް އެދް ޓޮޕް ޓުއަރސްއިން ބްރޯކަރެއް މެދުވެރިކޮށް ދިވެހި އިންޝއު ރެންސަ އަށް ހުށަހެޅިއެވެ.

3ދިވެހި އިންޝުއަރެންސްއިން ހުށަހެޅި ކޯޓޭޝަންތައް ބެލުމަށްފަހު، މެރިން ހަލް އިންޝުއަރެންސްގެ ޕްރޮޕޯސަލް ފޯމް ޓޮޕް ޓުއަރސްއިން ދިވެހި އިންޝުއަރެންސްއަށް 28 އޭޕްރީލް 2020 ގައި ފޮނުވުމުން، ނެޓް ޕްރީމިއަމގެ ޖުމލް 952.50،154ރ. (އެއްލައްކަ ފަންސާސް ހަތަރު ހާސް ނުވަސަތޭކަ ފަންސާސް ރަޖިސްޓްރޭޝަން ނަންބަރު:1145/2017-C ރަޖިސްޓްޝަން ނަންބަރު:0805/2015-C ރަޖިސްޓްރޭޝަން ނަންބަރު:T-10 10-C 9282A 22 އޭޕްރީލް 2020 ގައި ދިވެހި އިންޝުއަރެންސްއިން ފޮނުވި މެއިލް. ދެ ރުފިޔާ ފަންސސްލާރި) އަގުގާ އިންވޮއިސް 29 އޭޕްރީލް 2020 ގައި ދިވެހި އިންޝުއަރެންސްއިން ފޮނުވިއެވެ.

4ބުނެވުނު އިންވޮއިސްއާ އެއްގޮތަށް ޕްރީމިއަމްގެ ފުރަތަމަ އިންސްޓޯލަމަންޓަށްވ ފައިސާ ޓޮޕް ޓުއަރސްއިން ދެއްކުމުން، -/000،504،18ރ. (އަށާރަމިލިއަން ފަސްލައްކަ ހަތަރުހާސް ރުފިޔާ)ގެ ނަންބަރު: 1020201494 "ހަލް އެންޑް މެޝިނަރީ އިންޝުއަރަންސް ޕޮލިސީ" ދިވެހި އިންޝުއަ ރެންސްއިން "ޓޮޕް ކްރޫޒަރ" ކިޔާ ސަފާރީ އުޅަނދަށް ދޫކުރިއެވެ. މި ޕޮލިސީގެ މުއްދަތަކީ 29 އޭޕްރީލް 2020 އިން ފެށިގެން 28 އޭޕްރީލް 2021 ގެ އެވެ.

އިންޝުއަރކުރި އުޅަނދުގައި އަލިފާނުގެ ހާދިސާ ހިނގުން

523 އޭޕްރީލް 2021 ގައި "ޓޮޕް ކްރޫޒަރ" ސަފާރީ އުޅަނދު ކުޑަ ވިލިނގިލި ފަޅުތެރޭގައި އޮއްވައި އުޅަނދުގެ ފަހަތު ބައިގައި އަލިފާން ރޯވިއެވެ. މިހާދިސާގައި ސަފާރީގެ ދިރުނބާކޮޅު އެއްކޮށް މޫދު އަޑިއަށްގޮސ އެކް ވަރުގެ ބޮޑެތި ގެއްލުންތައް ލިބުނެވެ. ޓޮޕް ޓުއަރސްއަށް އުޅަނދުގައި އަލިފާނުގެ ހާދިސާ ހިނގާފައިވާކަން އެނގިފައިވަނީ 23 އޭޕްރިލް 2021 ވަނަ ދުވަހުގެ މެންދަމު 02:47 ހާއިރު ޓޮޕް ޓުއަރސްގެ ބްރޯކަރުގެ ފަރާތުންކަމަށް ޓޮޕް ޓުއަރސްއިން ބުނެއެވެ. އަދި އަލިފާނުގެ ހާދިސާ ހިންގައިގެން އުޅޭކަން ދިވެހި އިންޝުއަރެންސްއަށާއި، މޯލްޑިވްސް ޕޮލިސް ސަރވިސްއަށާއި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސއާވެސް ހިއްސާކޮށްފައިވާކަމަށް ބުނެއެވެ.

6އަލިފާނުގެ ހާދިސާއަށްފަހު ޓޮޕް ޓުއަރސްއިން މުސްތަޤިއްލު ސަރވެޔަރަކު ލައްވާ، 24 އޭޕްރީލް 2021 ގައި އުޅަނދުގެ ވެރިފަރާތާއި، ކެޕްޓަނާއި، އަދި ދިވެހި އިންޝުއަރެންސްގެ ޓީމެއްގެ ހާޟިރުގައި އުޅަނދު އިންވޮއިސް ނަންބަރު: 202001943/INV މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު:a(H4)02/CR/2021-)3E(N-171 ރިޕޯޓް އަދި މޯލްޑިވްސ ނޭޝަނަލް ޑިފެންސް ފޯސްގެ ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ނަންބަރު:MFS/HR/2021/167-08-MNDF ހާދިސާ ރިޕޯޓް ސިވިލް ކޯޓަށް ހުށަހެޅި ދަޢުވާ ފޯމުގެ 12 ވަނަ ނުކުތާ ސަރވޭކުރިއެވެ. ސަރވެޔަރުން އުޅަނދު އޮތީ ސެލްވޭޖްކުރެވޭ ޙާލަތުގައިކަމަށްބުނުމުން، ދިވެހި އިންޝުއަރެންސްގެ ލަފަޔާއެކު 03 މެއި 2021 ގައި އުޅަނދު ސެލްވޭޖްކު ރެވުނުވެ. އަދި ރީފްލޯޓްކުރުމަށްފަހު 04 މެއި 2021 ގައި އުޅަނދު ތިލަ ފުއްޓަށް ގެންދެވުނުވެ. މިކަން ކުރުމަށް ދިޔަ ޚަރަދު ކޮށްފައިވަނީ ދިވެހި އިންޝުއަރެންސް ކުންފުނިންނެވެ.

7އުޅަނދު ތިލަފުއްޓަށް ގެންދިއުމަށްފަހު އުޅަނދަށް ލިބިފައިވާ ގެއްލުންތައް ބެލުމަށްފަހު އުޅަނދު މަރާމާތުކުރުމަށް ދާނެ ޚަރަދު އައު އުޅަނދެއް ބަނުމަށްދާނެ ޚަރަދަށްވުރެ ބޮޑުވާނެތީ، އެންމެ ރަނގަޅު ގޮތަކީ މި އުޅަނދު ނައްތާލުމަށްފަހު އައު އުޅަނދެއް ބަނުންކަމަށް އުޅަނދު އިންސްޕެކްޓްކުރި ފަރާތްތަކުން ލަފާދީފައިވތާ، މިކަމުގައި ކުރިއަށްދާނެ ގޮތުގެ ލަފައަކަށް އެދި ޓޮޕް ޓުއަރސް އިން ދިވެހި އިންޝުއަރެންސްއަށް އީމެއިލްއެއް ފޮނުވިއެވެ. މިއީމެއިލްގެ ޖަވާބުގައި އުޅަނދު ނައްތާލިޔަސް އނެ މ ރަނގަޅުކަމަށާއި، އިންޝުއަރެންސް ކްލެއިމްއާގެނ ކުރިއަށް ދެވޭނީ ޑޮކިއުމަންޓްސްތައް ލިބުމުންކަމަށް ދިވެހި އިންޝުއަރެންސްއިން ބުނެފައިވެއެވެ.

8އެގޮތުން، ޓޮޕް ޓުއަރސް އިން 06 މެއި 2021 ގައި އިންޝުއަރެންސް ކްލެއިމް ފޯމް ހުށަހެޅުމުން ދިވެހި އިންޝުއަރެންސްއިނ ޓޮޕް ޓުއަރސް އިން ކުރް އިންޝުއަރެންސް ކްލެއިމް ބަލައިނުގަނެވޭނެކަމަށްބުނެ 29 ޖޫން 2021 ގައި އެ ކުންފުންޏަށް އެންގިއެވެ.

9ޓޮޕް ޓުއަރސްއިނ އިންޝުއަރެންސް ކްލެއިމް ހުށަހެޅުމުން، ދިވެހި އިންޝުއަރެންސްއިން އެންގި އުންގުންތަކާއި އެއްގޮތަށް ޢަމަލުކޮށް އިންޝުއަރ ކުރެވުނު އުޅަނދު ނައްތާލައި، އިންޝުއަރެންސް ކްލެއިމް ހުށަހެޅުމުން، އެ ކްލެއިމް ރިޖެކްޓްކޮށް، ޓޮޕް ޓުއަރސްއަށް ދޫކޮށްފައިވާ ހަލް އެންޑް މެޝިނަރީ އިންޝުއަރެންސް ޕޮލިސީގެ ދަށުން އެއްވެސް ފައިސާއެއް ނުވަތަ ބަދަލެއް ދެވެން ނެތްކަމަށް އަންގާ ކެލައިނޯ ޕްރައިވެޓް ލިމިޓެޑުން ތައްޔާރުކޮށްފައިވާ އިންސިޑެންޓް ރިޕޯޓް 04 މެއި 2021 ގައި ދިވެހި ޓޮޕް ޓުއަރސް އިން ފޮނުވި މެއިލް ދިވެހި އިންޝުއަރެންސްގެ ނަންބަރު: 041/DHI/2021 (29 ޖޫން 2021) އިންޝުއަރެންސް ޕޮލިސީ ބާޠިލްކޮށްފައިވާތީ، ބުނެވުނު ޕޮލިސީގެ ދަށުން ޓޮޕް ޓުއަރސްއަށް ލިބެންޖެހޭ ފައިސާ ހޯދުމަށް އެކުންފުނިން ސިވިލް ކޯޓުގައި ދިވެހި އިންޝުއަރެންސްއަށް ދައުވާ ރައްދުވާ ގޮތަށް މައްސަލަ ހުށަހެޅިއެވެ. މި މައްސަލަ ބަލާފައިވަނީ ސިވިލް ކޯޓުގެ ނަންބަރު:3350/Cv-C/2021 ޤަޟިއްޔާއިންނެވެ. މި ދަޢުވާގައި ޓޮޕް ޓުއަރސްގެ ފަރާތުން އެދިފައިވަނީ؛

1.9.ދެފަރާތްދެމެދު ސައްހަ އަދި ޤާނޫނީ ގޮތުން ބަނދެވިފައިވާ މުޢާމަލާތެއް ކުރެވި ކޮންޓްރެކްޓެއް ޤާއިމްކުރެވިފައިވާކަމަށް ކަނޑައަޅައިދިނުމަށާއި؛

2.9.ޓޮޕް ޓުއަރސް އިން އުޅަނދު ނައްތާލާފައިވަނީ ދިވެހި އިންޝުއަރެންސްއިނ އެކަން ހުއްދަކޮށް، އެކަން މުޢާމަލާތުކުރުމުންކަމަށް ކަނޑައަޅައިދިނުމަށާއި؛

3.9.ދިވެހި އިންޝުއަރެންސްއިން ފޮނުވި ނަންބަރު: 041/DHI/2021 ސިޓީއަކީ ބާޠިލް ލިޔުމެއްކަމަށް ކަނޑައަޅައިދިނުމަށާއި؛

4.9.ޓޮޕް ޓުއަރސްއިނ ހުށަހެޅް ކްލެއިމް ފޯމަށް ދިވެހި އިންޝުއަރެންސުން އިންކާރުކުރެވޭނެ ހަމައެއް ނެތްކަމުގައި ކަނޑައަޅައިދިނުމަށާއި؛

5.9.އިންޝުއަރެންސް ޕޮލިސީގެ ދަށުން ހުށަހަޅާފައިވާ އިންޝުއަރެންސް ކްލެއިމްގައި ބަޔާންކުރާ -/18،504،025ރ. (އަށާރަ މިލިއަން ފަސްލައްކަ ހަތަރުހާސް ފަންސަވީސް ރުފިޔާ) އަދި ޝަރީޢަތަށް މައްސަލަ ހުށަހެޅުމަށް ޚަރަދުވި ކޯޓު ފީއަށްވާ -/25ރ. (ފަންސަވީސް ރުފިޔާ) އަކީ ދިވެހި އިންޝުއަރެންސްއިނ ޓޮޕް ޓުއަރސްއަށް ދޭންޖެހޭ ފައިސާ ގިނަވެގެން 01 މަސް ދުވަހުގެ ތެރޭގައި ދޭންޖެހޭކަމަށް ކަނޑައަޅައިދިނުމަށާއި،

6.9.ޓޮޕް ޓުއަރސްގެ ކްލެއިމްއަށް ދިވެހި އިންޝުއަރެންސްއިން އިންކާރުކުރުމުގެ ސަބަބުން އިތުރު ގެއްލުމެއް ޓޮޕް ޓުއަރސްއަށް ލިބިފައިވާނަމަ، އެ ގެއްލުމުގެ ބަދަލު ހޯދުމަށް ދައުވާކުރުމުގެ ޙައްޤު ޓޮޕް ޓުއަރސްއަށް ލިބިގެންވާކަމަށް ކަނޑައަޅާއިދިނުމަށެވެ.

10ޓޮޕް ޓުއަރސްއިނ ހުށަހެޅް މައްސަލި ސިވިލް ކޯޓުން ބެލުމަށްފަހު ނިންމާފައިވަނީ ދެފަރާތް ދެމެދުވެފައިވާ އިންޝުއަރެންސް ޕޮލިސީ ދިވެހި އިންޝުއަރެންސްއިން ބާޠިލްކޮށްފައިވަނީ ޤާނޫނީ ގޮތުން ސައްހަމަގުން ކަމަށްވާތީ، ޓޮޕް ޓުއަރސްގެ ފަރާތުން ހޯދުމަށް އެދުނު ފައިސާ ނަގައިދެވޭނެ ތަނެއް ނެތްކަމަށް ކަނޑައަޅައެވެ.

11ޓޮޕް ޓުއަރސް ގެ ފަރާތުން މިކޯޓުގައި އިސްތިއުނާފުކޮށްފައިމވަނި ސިވިލް ކޯޓުން މިޤަޟިއްޔާ ބަލައި ނިންމި ގޮތެވެ. ސިވިލް ކޯޓުން މައްސަލަ ނިންމިގޮތް:

12ސިވިލް ކޯޓގު ނަންބަރު:3350/Cv-C/2021 ޤަޟިއްޔާ ނިމުނު ގޮތު ގެ ރިޕޯޓަށް ބެލިއިރު، އޤަޟިއްޔެ ނިންމާފައިވަނީ؛ "ދެންފަހެ، ބުނެވުނު ކަންތައްތައް އެގޮތުގައި ހުރުމުން، ދިވެހި އިންޝުއަރެންސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (ރަޖިސްޓްރޭޝަން ނަންބަރު:0805/2015-C) ގެ ފަރާތުން ޓޮޕް ޓުއަރސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް (ރަޖިސްޓްރޭޝަން ނަންބަރު:1145/2017-C) ގެ "ޓޮޕް ކްރޫޒަރ" އެވެ ކިޔާ ސަފާރީ އުޅަނދަށް ދޫކޮށްފައިވާ ދިވެހި އިންޝުއަރެންސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ ނަންބަރު:1020201494 ހަލް އެންޑް މެޝިނަރީ އިންޝުއަރެންސް ޕޮލިސީ، ދިވެހި އިންޝުއަރެންސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ބާޠިލްކޮށްފައިވަނީ ޤާނޫނީ ގޮތުން ސައްހަމަގުން ކަމުގައިވާތީ، ޓޮޕް ޓުއަރސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހޯދުމަށް އެދުނު ފައިސާއަކީ ދިވެހި އިންޝުއަރެންސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ އަތުން ނަގައިދެވޭނެ ފައިސާއެއް ނޫންކަމުގައި ކަނޑައަޅައި ޙުކުމްކޮށްފީމެވެ". އިސްތިއުނާފީ ނުކުތާތައް:

13ސިވިލް ކޯޓުގެ ނަންބަރު: 3350/Cv-C/2021 ޤަޟިއްޔާ ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއާ ޚިލާފަށްކަމަށްބުނެ، ޓޮޕް ޓުއަރސްގެ ފަރާތުން ތިރީގައިވާ ނުކުތާތައް ހުށަހަޅާ އެނުކުތާތަކއާ ބެހޭގޮތުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. މިގޮތުން ހުށަހަޅާފައިވާ ނުކުތާތަކާ ކ:

1.13. ސިވިލް ކޯޓގު ނަންބަރު:3350/Cv-C/2021 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަކީ، ޤާނޫނުއަސާސީގެ 2 ވަނަ މާއްދާ އާއި ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ) އާއި (ށ) އާއި ޤާނޫނުއަސާސީގެ 18 ވަނަ މާއްދާ އާއި ޤާނޫނުއަސާސީގެ 20 ވަނަ މާއްދާ އާއި ޤާނޫނުއަސާސީގެ 69 ވަނަ މާއްދާގައި ކަނޑައެޅިފައިވާ ދުސްތޫރީ މަބުދައު (ކޮންސްޓިޓިޝުނަލް ޕްރިންސިޕަލް) ތަކާއި ޤާނޫނު ނަންބަރު 91/4 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 5 ވަނަ މާއްދާ އާއި 6 ވަނަ މާއްދާގެ (ހ) އާއި 18 ވަނަ މާއްދާގެ (ރ) އާއި އަދި ޤާނޫނު ނަންބަރު 11/2022 (ހެއްކާބެހޭ ޤާނޫނު) ގެ 139 ވަނަ މާއްދާގެ (ނ) އާއި 145 ވަނަ މާއްދާގެ (ހ) ގައި ކަނޑައެޅިފައިވާ ޤާނޫނީ އުޞޫލުތަކާ ކަނޑައެޅިގެން ޚިލާފުވާގޮތަށ ކޮށްފައިވް ޙުކުމެއްކަމަށްބުނެ ހުށަހެޅި ނުކުތާ.

2.13. ސިވިލް ކޯޓުގެ ނަންބަރު: 3350/Cv-C/2021 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަކީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު:2017/SC-A/23 ޤަޟިއްޔާއާއި އަދި އެކޯޓުގެ ނަންބަރު :2020/SC-A/69 ޤަޟިއްޔާގައި ކަނޑައެޅިފައިވާ ޤަޟާއީ މަބުދައުތަކާ ކަނޑައެޅިގެން ޚިލާފުވާގޮތަށ ކޮށްފައިވް ޙުކުމެއްކަމަށްވުމުނ ސިވިލް ކޯޓުގެ ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމް ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) އާއި 145 ވަނަ މާއްދާގެ (ނ) އާއި އަދި ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގ ކޯޓުތަކުގެ ޤާނޫނު) ގެ 20 ވަނަ މާއްދާގެ (ހ) އާއި (ށ) އާ ކަނޑައެޅިގެން ޚިލާފުވެފައިވާކަމަށް ބެލެވެން އޮތްކަމަށް ބުނެ ހުށަހެޅި ނުކުތާ.

3.13. ސިވިލް ކޯޓުގެ ނަންބަރު: 3350/Cv-C/2021 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަކީ، ޤާނޫނު ނަންބަރު 91/4 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 5 ވަނަ މާއްދާ އާއި 20 ވަނަ މާއްދާގެ (ހ) އާއި 22 ވަނަ މައްސަލައާއި ގުޅިގެން 24 އޮކްޓޫބަރު 2024 ދުވަހު ބޭއްވުނު ފުރަތަމަ އަޑުއެހުމުގައި، އިސްތިއުނާފީ ފުރަތަމަ ނުކުތާގައި އިސްތިއުނާފުކުރާ ފަރާތުން ބަޔާންކޮށްފައިވާ ކަންކަމަކީ ދެވަނަ އަދި ތިންވަނަ އިސްތިއުނާފީ ނުކުތާގައިވެސް ތަކުރާރުވެފައިވާ ކަންކަމަށްވާތީ އިސްތިއުނާފީ ފުރަތަމަ ނުކުތާއާއި އެނުކުތާގެ ތަފްސީލްތައް އުނިކޮށްދެއްވުމަށް އިސްތިއުނާފުކުރާ ފަރާތުގެ ވަކީލް އދިފައިވެ ތ އެގޮތުގެ މަތިން އުނިކުރެވިފައި. މާއްދާގެ (ނ) ގައި ކަނޑައެޅި ބަޔާންވެފައިވާ ޤާނޫނީ ހަމަތަކާ ޚިލާފަށްކޮށްފައިވާ ޙުކުމެއްކަމަށްބުނެ ހުށަހެޅި ނުކުތާ. އިސްތިއުނާފުކުރާ ފަރާތުން ދެއްކި ވާހަކަތައް:

14އިސްތިއުނާފުކުރާ ފަރާތުން އިސްތިއުނާފީ ނުކުތތައާ ތަފްޞީލްކޮށް އިސްތިއުނާފީ ފޯމުގައި ބަޔާންކޮށްފައިވެއެވެ. މިމޭރުމުން ޝަރީޢަތުގެ މަޖިލީހުގައިވެސް އެނުކުތތަކާ އާ ގުޅިގެން ވަރަށް ތަފްސީލްކޮށް ވާހަކަ ދައްކާފައިވެއެވެ. މިތަފްސީލުތަކަކީ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގައި ހިމެނޭނެ ބައެއްކަމަށްވާތީ، ޚުލާސާ ގޮތެއްގައި އެކަންކަން ބަޔާންކުރާނަމަވެ. މިގޮތުން؛

1.14.އިސްތިއުނާފީ ދެވަނަ ނުކުތާ ތަފްސީލްކުރަމުން އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-A/23 ޤަޟިއްޔާ ގެ 36 ވަނަ ނުކުތާގައި ކަނޑައަޅާފައިވާ އުސޫލަށް ބެލުމުން، ބިދޭސީ ޤާނޫނަކާ އެއްގޮތަށް މުޢާމަލާތެއް ނިންމުމަށް އެ މުޢާމަލާތެއްގެ ބައިވެރިން އެއްބަސްވެފައިވާކަމާއި، އަދި އެ ބިދޭސީ ޤާނޫނުގައި އެމުއާމަލާތަކާ ބެހޭގޮތުން ކަން އޮތްގޮތް ޝަރީޢަތަށް ސާބިތުކުރުމާއި މިކަންކަމުގެ ބުރައަކީ އެ ބިދޭސީ ޤާނޫނު ތަޠުބީޤުކުރަން ޝަރީޢަތުގައި އެދޭ ޚަސްމަކު އުފުލަންޖެހޭނެ ބުރައެއްކަމއި، އަދި ވަކި ކަމަކާ ގުޅިގެން ބިދޭސީ ޤާނޫނުގައި ކަންއޮތްގޮތ ސާބިތުކޮށް ނުދެވިއްޖެނަމަ ނުވަތަ ބިދޭސީ ޤާނޫނަކާ އެއްގޮތަށް މުޢާމަލާތެއް ނިންމުމަށް އެ މުޢާމަލާތެއްގެ ބައިވެރިން އެއްބަސްވެފައިވާކަން ޝަރީޢަތަށް ސާބނުވި ޙާލަތުގައި، އެކަމުގެ މައްޗަށް ތަޠުބީޤުކުރާނީ ޝަރީޢަތްކުރާ ޤައުމުގެ ޤާނޫނުކަމަށް ކަނޑައަޅާފައިވާކަން އެނގެން އޮންނަކަމަށެވެ.

2.14.މިގޮތުން، އިސްތިއުނާފު ރައްދުވާ ފަރާތުން އިސްތިއުނާފުކުރާ ފަރާތަށް ފޮނުވާފައިވާ ދެ ޞަފްހާގެ މައްޗަށް އެކުލެވޭ އިންޝުއަރެންސް ޕޮލިސީގެ އެއްވެސް ތަނެއްގައި އެ ޕޮލިސީގެ މައްޗަށް ހިނގާނީ އިނގިރޭސިވިލާތުގެ ޤާނޫނުކަމަށް ބަޔާންކޮށްފައިވާ އެއްވެސް އިބާރާތެއް އެ ޕޮލިސީގައި ނެތްކަމަށާއި، އިންޝުއަރެންސް ޕޮލިސީގައިވާ ދެ ޞަފްހާގެ ތެރެއިން ފުރަތަމަ ޞަފްހާގެ ތިރީގައި ”Condition“ މިހެންލިޔެ، އޭގެ ތިރީގައި "އިންސްޓިޓިއުޓް ޓައިމް ކޮލޯސަސް (ހަލް) 1/10/83 މިފަދައިން އިބާރާތެއް ލިޔެފައިވީނަމަވެސް، އިސްތިއުނާފު ރައްދުވާ ފަރާތުން އެއީ ކޮން ލިޔުމެއްކަމާއި އޭގައިވަނީ ކޮން ކަންތައްތަކެއްކަމާއ އަދި އޭގެ ޙަޤީޤަތަކީ ކޮބައިކަން ބަޔާންކޮށްދޭ އެއްވެސް އިތުރު ވާހަކައެއް އެ ޕޮލިސީގައި އިތުރަށް ބަޔާންކޮށްފައިނުވާކަމަށެވެ.

3.14.ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/69 ޤަޟިއްޔާގެ 38 ވަނަ ނުކުތާއަށާއަ 43 ވަނަ ނުކުތާގައި ބަޔާންކުރެވިފައިވާ ގޮތުން އިންޝުއަރެންސް ކުރުމަށް ހުށަހަޅާއިރު، މައުލޫމާތު ފޯރުކޮށްދިނުމުގެ ހުދޫދު ކަނޑައެޅިފައިވަނީ މަޢުލޫމާތު ފޯރުކޮށްދޭ ވަގުތު ހެޔޮނިޔަތުގައި އެފަރާތަށް އެނގިހުރި މިންވަރަކުން މަޢުލޫމާތު ފޯރުކޮށްދިނުމުގެ ލިމިޓޭޝަނގައު ކަމަށެވެ. ބުނެވުނު ސުޕްރީމް ކޯޓުގެ ޤަޟިއްޔާގައި ފްރޮޕޯސަލ ފޯމް ފުރާއިރ އެވަގުތު ފޯރުކޮށްދިނުމަށް ދަތި، ނުވަތަ އެހާ ސާފުނޫން ސުވާލަކަށް "ޔެސް" ނުވަތަ "ނ" މި ދެ ޖަވާބުންކުރެ ޖަވާބެއް ދެވިފައިނުވާނަމަ އެކަމަކީ ޙަޤީޤަތް އޮޅުވާލުމުގެ އަމަލެއްކަމަށް ބަލަންޖެހޭ ސަބަބެއްކަމަށް ބަޔާންކޮށްފައިނުވާކަމަށެވެ. އިސްތިއުނާފުކުރާ ފަރާތުން ޕްރޮޕޯސަލް ހުށަހަޅާފައިވަނީ ކޮވިޑް -19 ގެ ދުވަސްވަރު ބްރޯކަރެއް މެދުވެރިކޮށް އޭރުގައި ލިބެންހުރި މަޢުލޫމާތުގެ މައްޗަށް ބިނާކޮށްކަމަށެވެ. އިސްތިއުނާފުކުރާ ފަރާތަށް ޕްރޮޕޯސަލް ފޯމުގެ 5 ވަނަ ނަންބަރުގައި "ޔެސް" ނުވަތަ "ނ" ގޮޅިންކުރެ އެއްވެސް ގޮޅިއެއްގައި ފާހަގަނުޖެހިވަނ އެވަގުތީ އެ އުޅަނދު އިންޝުއަރކޮށްފައިނުވާތ އެއީ މެޓީރިއަލް ފެކްޓެއްކަމަށް ފާހަގަކުރެވިފައިނުވާތީކަމަށެވެ.އިންޝުއަރެންސް ޕޮލިސީ އިޝޫކުރުމުގެ ކުރިން އެމަޢުލޫމާތަކީ މެޓީރިއަލް ފެކްޓެއްކަމުގައިވާނަމަ 5 ވަނަ ނަންބަރު ފުރިހަމަކުރުމަށްފަހު ނޫނީ އިންޝުއަރެންސް ޕޮލިސީ އިޝޫ ނުކުރެވޭކަމަށް އެންގުމަކީ އިސްތިއުނާފު ރައްދުވާ ފަރާތުގެ ޒިއްމާއެއްކަމަށެވެ. އެހެންނަމަވެސް، އެ ނަންބަރު ފުރިހަމަކުރުމަށް އެންގުމަކާ ނުލައި އިންޝުއަރެންސް ޕޮލިސީ އިޝޫކޮށްފައިވަނ އިސްތިއުނާފީ ރައްދުވު ފަރާތުންވެސް އެއީ މެޓީރިއަލް ފެކްޓެއ ހިމެން ނަންބަރެއް ނޫންކަމަށް ޤަބޫލުކުރާތީކަމަށެވެ.

4.14.އިސްތިއުނާފީ ތިންވަނަ ނުކުތާގެ ތަފްސީލްގައި ބުނެފައިވަނީ އިންޝުއަރެންސްކުރަން އެދޭ ފަރާތުން އިންޝުއަރެންސް ޕްރޮޕޯސަލް ފޯމުގައި އެވަގުތަކު އެނގިހުރި މިންވަރަކުން ފުރެންހުރި ބައިތައް ފުރާފައި ހުށަހެޅުމުން، އެފޯމުގައި ރަނގަޅުކުރަންޖެހޭކަމެއ ނުވަތް ފުރިހަމަނުވާކަމެއް އޮތްކަން އިންޝުއަރެންސް ކޮށްދޭ ފަރާތުން އިންޝުއަރެންސް ކުރުމަށް އެދޭފަރާތަށ އިތުރަށް އެންގުމަކާނުލައި އިންޝުއަރެންސް ކޮށްދޭފަރާތުން ޕްރީމިއަމ ފައިސް ދެއްކުމަށް އަންގައި އެފައިސާ ދެއްކުމުން އިންޝުއަރެންސް ޕޮލިސީ އިޝޫކުރިކުރުމަކީ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 5 ވަނަ މާއްދާގައިވާ ގޮތުގެމަތިން އެފޯމު ހުށަހެޅި ފަރާތުން އެ ފޯމު ފުރާފައި އެހުށަހެޅ ގޮތި އިންޝުއަރެންސް ކޮށްދޭ ފަރާތުން ޤަބޫލުކުރީކަމަށް ބެލެވޭނެކަމަށެވެ.އެހެންކަމުން، އިސްތިއުނާފުކުރާ ފަރާތުން ހުށަހެޅި ފޯމުގައި ފުރިހަމަނުކުރާ ތަނެއް އޮތްކަމަށްބުނެ އިސްތިއުނާފު ރައްދުވާ ފަރާތުން ބޭނުންވާ ވަގުތަކު އިސްތިއުނާފުކުރާ ފަރާތުގެ ރުހުމަކާނުލައި އިންޝުއަރެންސް ޕޮލިސީގެ ދަށުން އުފެދިފައިވާ ކޮންޓްރެކްޓް ބާޠިލްކުރުމުގެ އެއްވެސް ޙައްޤެއް ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 5 ވަނަ މާއްދާ އާއި 20 ވަނަ މާއްދާގެ (ހ) އަދި 22 ވަނަ މާއްދާގެ (ނ) ގެ ދަށުން އިސްތިއުނާފު ރައްދުވާ ފަރާތަށް ލިބިގެންނުވާކަމަށެވެ. އިސްތިއުނާފުކުރާ ފަރާތުން އެދޭ ގޮތް:

15އިސްތިއުނާފުކުރާ ފަރާތުން އެދިފައިވަނީ ސިވިލް ކޯޓުގެ ނަންބަރު 3350/Cv-C/2021 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަކީ ޢަދުލު އިންޞާފުގެ ހަމަތަކުގެ ބޭރުން ކޮށްފައިވާ ޞައްޙަ ނޫން ޙުކުމެއްކަން އެނގެން އޮންނާތީ، ސިވިލް ކޯޓުގެ ނަންބަރު 3350/Cv-C/2021 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަކީ ބާޠިލު ޙުކުމެއްކަމަށް ކަނޑައަޅައިދެއްވުމަށާއި، ސިވިލް ކޯޓުގެ ޤަޟިއްޔާއަށް އިސްތިއުނާފުކުރާ ފަރތުނާ ހުށަހަޅާފައިވާ ދަޢުވާގައި އިސްތިއުނާފު ރައްދުވާ ފަރާތުގެ ކިބައިން އިސްތިއުނާފުކުރާ ފަރާތުން ހޯދުމަށް ދައުވާކޮށްފައިވާ -/025،504،18ރ. (އަށާރަ މިލިއަން ފަސްލައްކަ ހަތަރުހާސް ފަންސަވީސް ރުފިޔާ) އަކީ، އިސްތިއުނާފު ރައްދުވާ ފަރާތުން އިސްތިއުނާފުކުރާ ފަރާތަށް ދޭންޖެހޭ ފައިސާއެއްކަމުގައި ކަނޑައަޅުއްވައިދެއްވައި، މި ފައިސާ ގިނަވެގެން 01 (އެކެއް) މަސްދުވަހުގެ ތެރޭގައި ސިވިލް ކޯޓު މެދުވެރިކޮށް އިސްތިއުނާފުކުރާ ފަރާތަށް ދައްކައި ޚަލާސްކުރުމަށް އިސްތިއުނާފު ރައްދުވާ ފަރާތުގެ މައްޗަށް އަންގައި އަމުރުކޮށްދެއްވައި، މި މޭރުމުން މި މައްސަލައިގައި ފައިޞަލާކުރަނިވި ޙުކުމެއް ކޮށްދެއްވުމަށެވެ. އިސްތިއުނާފު ރައްދުވާ ފަރާތުން ދެއްކި ވާހަކަތައް:

16އިސްތިއުނާފު ރައްދުވާ ފަރާތުން އިސްތިއުނާފީ ނުކުތާގެ ޖަވާބު ތަފްޞީލްކޮށް އިސްތިއުނާފީ ދައުވާގެ ޖަވާބު ފޯމުގައި ބަޔާންކޮށްފައިވެއެވެ. މިމޭރުމުން ޝަރީޢަތުގެ މަޖިލީހުގައިވެސް އެނުކުތާތަކާއި ގުޅިގެން ވަރަށް ތަފޞް ލްކޮށީ ވާހަކަ ދައްކާފައިވެއެވެ. މިތަފޞް ލުތަކަކީ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގައި ހިމެނޭނެ ބައެއްކަމަށްވާތީ، ޚލު ޞާ ގޮތެއްގައި އެކަންކަން ބަޔާންކުރާނަމަވެ. މިގޮތުން؛

1.16.އިސްތިއުނާފީ ދެވަނަ ނުކުތާގެ ޖަވާބުގައި އިސްތިއުނާފު ރައްދުވާ ފަރާތުން ބުނެފައިވަނީ މިމައްސަލައިގައި ހިމެނޭ އިންޝުއަރެންސް ޕޮލިސީގެ މައްޗަށް ހިނގާނީ އިނގިރޭސިވިލާތުގެ ޤާނޫނުކަމަށް ސިވިލް ކޯޓުން ނިންމާފައިވާނ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ އެއްގޮތަށްކަމަށާއި، މިމައްސަލާ ގައި ޝަރީޢަތުން ގޮތެއް ނިންމުމުގައި މިބާވަތުގެ މައްސަލަތަކުގައި އިނގިރޭސިވިލާތުގައި ޢަމަލުކުރެވޭ ޤާނޫނު މިމައްސަލާގެ މައްޗަށް ތަޠުބީޤުކޮށްފައިވަނީ މިބާވަތުގެ މައްސަލަތަކުގައި ކޯޓުތަކުން ޢަމަލުކުރަންޖެހޭނެކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު A/23-SC/2017 ޤަޟިއްޔާގައި އެކޯޓުން ކަނޑައަޅާ ބަޔާންކޮށްފައިވާ ގޮތުގެމަތިންކަމަށެވެ.

2.16. މީގެ އިތުރުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އަމާނާ ތަކަފުލް (މޯލްޑިވްސް) ޕަބްލިކް ލިމިޓެޑް ވ. ޝަރޫ ލޯންޗް ސަރވިސް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގައި އިންޝުއަރެންސްގެ މުޢާމަލާތތަކުގައް އިންޝުއަރކޮށްދޭ ފަރާތަށް ބޭނުންވާ ހުރިހާ މަޢުލޫމާތެއް ހާމަކޮށްދިނުމާއ އަދި އެ މަޢުލޫމާތަކީ ހެޔޮނިޔަތުގައި އެފަރާތަށް އެނގިހުރެ މިންވަރަކުން ހާމަކޮށްފައިވާ ތެދު މަޢުލޫމާތުކަން ކަށަވަރުކޮށްދިނުމަކީ އިންޝުއަރކޮށްދިނުމަށ އެދް ފަރާތުގެ ޒިންމާއެއްކަމަށާއި، އިންޝުއަރެންސްގެ މައްސަލަތަކުގައި ހުށަހެޅޭ ޕްރޮޕޯސަލްއަށް ބަލައި، އިންޝުއަރކޮށްދޭ ފަރާތަކުން، އިންޝުއަރކޮށްދޭނެކަނ ނުވަތް ނޫންކަމާއި، އެ އިންޝުއަރެންސްއަށ އެފަރާތުން ކަނޑައަޅާ ޕްރިމިއަމްފަދ ކަންކަނަ ނިންމުމަށް އެ ޕްރޮޕޯސަލުން ބާރުލިބޭނ ނުވަތެ އަސަރުކުރާނެ ކޮންމެ ކަމަކީ މެޓީރިއަލް ފެކްޓެއްކަމަށް ކަނޑައަޅާފައިވާކަމަށެވެ. މީގެ އިތުރުން، އިންޝުއަރެންސް ކޮށްދިނުމަށް އެދި ހުށަހަޅާ ހުރިހާ މައުލޫމާތަކީ ހެޔޮ ނިޔަތުގައި އެފަރާތަށް އެނގިހުރެ މިންވަރަކުން ހާމަކޮށްފައިވާ ތެދު މަޢުލޫމާތެއްކަން ކަށަވަރުކޮށްދިނުމަކީ އިންޝުއަރެންސްކޮށްދިނުމަށ އެދް ފަރާތުގެ ޒިންމާއެއްކަމަށްވެސް ކަނޑައަޅާފައިވާކަމަށެވެ. ބުނެވުނު ޤަޟިއްޔާގައި މަތިކޮށްފައިވާ ޒިންމާ އިސްތިއުނާފުކުރާ ފަރާތުން އަދާކޮށްފައިނުވާކަނ ސާފުކޮށް އެނގެން އޮންނަކަމަށެވެ. މިގޮތުން އުޅަނދާ ގުޅޭގޮތުން ކުރިން އެހެން ފަރާތެއްގައި -/000،000،3ރ. (ތިނެއް މިލައަން ރުފިޔާ) ގެ ކްލެއިމް ކޮށްފައިވާކަމަށާއި، އަދި މި މަޢުލޫމާތަށް "ޕްރޮޕޯސަލް ފޯމް" އިން އިސްތިއުނާފު ރައްދުވާ ފަރާތުން އެދިފައިވާކަމަށާއި، އެހެންނަމަވެސް މި މަޢުލޫމާތު އިސްތިއުނާފުކުރާ ފަރާތުން ފޯރުކޮށްދީފައިނުވާކަ މަށެވެ. އަދި މިއީ ޖައުހަރީ މަޢުލޫމާތަކަށްވާއިރު، މި މަޢުލޫމާތު އިސްތިއުނާފު ރައްދުވާ ފަރާތާއި ހިއްސާކުރިނަމަ، އިސްތިއުނާފު ރައްދުވާ ފަރާތުން ޕޮލިސީ އިޝޫ ނުކުރީސްކަން ތަކުރާރުކޮށް ފާހަގަކުރާކަމަށެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު [2021] SC 66 ޤަޟިއްޔާގެ 43 ވަނަ ޕްރެގްރާފް

3.16. އިންޝުއަރެންސްއަށ އެދް ހުށަހަޅާއިރު، ބޭނުންވާނެ މަޢުލޫމާތުތައް ހެޔޮ ނިޔަތުގައި އެއްވެސް އޮޅުވާލުމެއްނެތި، ނުވަތަ އެއްވެސް އުނިއިތުރެއްނެތި ހުށަހެޅުމަކީ އިންޝުއަރެންސްކޮށްދިނުމަށް އެދި ހުށަހަޅާ ފަރާތުގެ ޒިއްމާއެކެވެ. އެ މަޢުލޫމާތުތައް ހުށަހެޅުމުން، އެ މަޢުލޫމާތުތަކަށް އިންޝުއަރކޮށްދޭ ފަރާތުން ބަރޯސާވާންޖެހޭކަމަ ށެވެ. އަމުދުން ޕްރޮޕޯސަލް ފޯމު ހުށަހަޅާފައިވަނީ އިންޝުއަރެންސް ބްރޯކަރެއް މެދުވެރިކޮށްކަމަށާއި، އަދި އެ ފޯމާއިއެކު ކުރިން އުޅަނދާއި ގުޅޭގޮތުން ކްލެއިމެއް އޮތްކަމުގެ މަޢުލޫމާތު ހުށަހަޅާފައިނުވާކަމަށާއި، އެފަދަ ކްލެއިމެއް އޮތްތޯ އިތުރަށް ޔަޤީންކުރަން އިސްތިއުނާފު ރައްދުވާ ފަރާތުން މަސައްކަތްކުރަންޖެހޭ އެއްވެސް ޤާނޫނީ ސަބަބެއް ނެތްކަމަށެވެ.

4.16.އިސްތިއުނާފީ ތިންވަނަ ނުކުތާގެ ޖަވާބުގައި ބުނެފައިވަނީ މި މައްސަލާގައި ހިމެނޭ އިންޝުއަރެންސްގެ މުޢާމަލާތަށް އިސްތިއުނާފު ރައްދުވާ ފަރާތުން ވަދެފައިވާނީ، އަދި އެމުޢާމަލާތާ ގުޅިގެން ފެށުނީއްސުރު ކަންކަން ކޮށްފައިވާނީ ހެޔޮނިޔަތުގައިކަމަށާއި، އުޅަނދުގައި އަލިފާނުގެ ހާދިސާ ހިންގައި އުޅަނދު އަޑިއަށް ދިޔަފަހުންވެސް ދިވެހި އިންޝުއަރެންސްގެ ފަރާތުން ޢަމަލުކޮށްފައިވާނީ އިސްތިއުނާފުކުރާ ފަރާތާއި ދިވެހި އިންޝުއަރެންސްއ ދެމެދާ އޮތު އިންޝުއަރެންސްގެ މުޢާމަލާތަކީ ސައްޙަ މުޢާމަލާތެއްކަމަށް ބަލައިގެން ހެޔޮ ނިޔަތުގައިކަމަށެވެ. އަދި ހެޔޮ ނިޔަތުގައި ވަދެފައިވާ އިންޝުއަރެންސްގެ މުޢާނަލާތެއް ދެފަރާތުގެ ދެމެދުގައި އޮތްކަމަށް ޤަބޫލުކޮށްގެން އެ ޕޮލިސީގެ ދަށުން އަދާކުރަންޖެހޭ ޒިންމާ އިސްތިއުނާފު ރައްދުވާ ފަރާތުން އަދާކުރަމުން ދިއުމަކީ، އޭގެ ފަހުން ކްލެއިމް ހުށަހެޅުމުން، ބަލަންޖެހޭ ކަންކަން ބެލުމަށްފަހު، ޤާނޫނީ ގޮތުން އެ ކްލެއިމް ބާޠިލްކުރުމަށް އިސްތިއުނާފު ރައްދުވާ ފަރާތަށް އޮތް އިޚްތިޔާރެއް ދޫކޮށްލުން ނުވަތަ އެކަމަށް އޮތް ހުރަހެއް ނޫންކަމަށެވެ. މީގެ އިތުރުން، އިންޝުއަރެންސް ޕޮލިސީ ބާޠިލްކުރުމަށްފަހު އެޕޮލިސީ އާ ގުޅިގެން އިސްތިއުނާފުކުރާ ފަރާތުން ޕްރިމިއަމްގ ގޮތުގައެ ދައްކާފައިވާ ފައިސާވާނީ އަނބުރާ އެފަރާތަށް ދައްކާފައިކަމަށެވެ. އެހެންކަމުން، ސިވިލް ކޯޓުން މިމައްސަލަ ނިންމާފައިވަނީ ޤާނޫނު ނަންބަރު 2022/11 (ހެއްކާބެހޭ ޤާނޫނު) ގެ 139 ވަނަ މާއްދާގެ (ނ) އަދި/ނުވަތަ 145 ވަނަ މާއްދާގެ

(ހ) އަދި /ނުވަތަ ޤާނޫނަ ނަންބަރު 91/4 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 5 ވަނަ މާއްދާ އަދި/ނުވަތަ 20 ވަނަ މާއްދާގެ (ހ) އަދި/ނުވަތަ 22 ވަނަ މާއްދާގެ (ނ) އާ ސިވިލް ކޯޓުން ޚިލާފުވެފައިނުވާކަމަށެވެ. އިސްތިއުނާފު ރައްދުވާ ފަރާތުން އެދޭގޮތް:

17އިސްތިއުނާފު ރައްދުވާ ފަރާތުން އެދިފައިވަނީ، ސިވިލް ކޯޓަށް އިސްތިއުނާފު ރައްދުވާ ފަރާތުން ހުށަހަޅާފައިވާ ބަޔާންތަކާއި ލިޔެކިޔުންތަކާއި އަދި ދައްކާފައިވާ ވާހަކަތަކުގައި ބަޔާންކޮށްފައިވާ ކަންކަމުގެ މައްޗަށް ރިޢާޔަތްކޮށް، މި މައްސަލާގައި ސިވިލް ކޯޓުން ކޮށްފައިވާ ޙުކުމަކީ ސައްހަ ޙުކުމެއްކަމަށް ކަނޑައަޅައި، އ ޙުކުމަށް ބަދަލެއް ގެންނަންޖެހޭ ޝަރުޢީ އަދި ނުވަތަ ޤާނޫނީ އެއްވެސް ސަބަބެއް ނެތްކަމަށް ކަނޑައަޅާދެއްވުމަށެވެ. ޝަރީޢަތަށް ފާހަގަކުރެވުނު ކަންތައްތައް:

18މިމައްސަލައާއި ގުޅިގެން ސިވިލް ކޯޓުގެ ނަންބަރު:3350/Cv-C/2021 ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓަށާއި، އެ މައްސަލަ އިސްތިއުނާފު ކުރުމަށް ޓޮޕް ޓުއަރސްގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތތަކާއާ ގުޅިގެން މިމައްސަލައިގައި ހިމެނޭ ފަރާތްތަކުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައަ ދައްކާފައިވާ ވާހަކަތކަ ށާއި، މައްސަލައާއި ގުޅުންހުރި އެންމެހައި ލިއުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް ޝަރީޢަތަށް ފާހަގަކުރެވެއެވެ. އިސްތިއުނާފީ ފުރަތަމަ ނުކުތާއާގުޅޭ:

19އިސްތިއުނާފުކުރާ ފަރާތުން، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 2 ވަނަ މާއްދާއާއި 18 ވަނަ މާއްދާ އާއި 20 ވަނަ މާއްދާ އާއި 42 ވަނަ މާއްދާގެ (ހ)، (ށ) އަދި 69 ވަނަ މާއްދާ އާ ޙވާލާދަ ދައްކާފައިވާ ވާހަކަތަކުން ދެނެގަނެވުނު ކަމަކީ، މި އިސްތިއުނާފުގައި ބަޔާންކުރާ އިނޝް އަރެންސް ޕޮލިސީގު މައްޗަށް ހިނގާނީ އިގިރޭސިވިލާތުގެ ޤާނޫނު ކަމަށް ބުނެ ދިވެހި އިނޝް އަރެންސ އިން ދެއްކި ވާހަކަތަކާއު އެވާހަކަތަކާއ ގުޅިގެނި ދަށް ކޯޓުގު ފަނޑިޔާރު ނިންމި ނިންމުން ރަނގަޅު ނޫންކަމެވެ.

20މިނުކުތާއިނ ހުށަހެޅް ހުށަހެޅުން އިސްތިއުނާފީ އެހެން ނުކުތާތަކުގައި ތަކުރާރުވެފައިވާކަމަށް ދެކޭތީ، މިނުކުތާ އަބުރާ ގެންދިއުމަށް ޓޮޕް ޓުއާރސްގެ ފަރާތުން އެދިފައިވެއެވެ. އިސްތިއުނާފީ ދެވަނަ ނުކުތާގެ ފުރަތަމަ ބައިގައި ވާހަކަ ދެކެވެނީ މައިގަނޑު ގޮތެއްގައި، އިސްތިއުނާފީ ފުރަތަމަ ނުކުތާގައި ދެއްކި ވާހަކަތަކާއި އެއްގޮތް ވާހަކަތަކެއް ކަމަށްވާތީ، އިސްތިއުނާފު ކޮށްފައިވާ މައްސަލައިގައި ހިމެނޭ އިނޝް އުރެންސް ޕޮލިސީގެ މައްޗަށް އނި ގިރޭވިލާތުގ ޤާނޫނެ އަދި އިނޝްއަރެންސ ގުޅާ ގޮތުން އނި ގިރޭސިވިލާތުގައި ޢަމަލުކުރާ ހަމަތައް ހިނގާނެތޯ ނުވަތަ ނޫންތޯ އުފައްދާ ސުވާލަށް ޖަވާބު ދޭންޖެހޭކަމަށް ދެކމެ ވެ. އެސުވާލުގެ ޖަވާބަކެ ދެން ހުރި އިސްތިއުނާފީ ނުކުތާތަކަށް ޖަވާބު ދިނުމަށް ކޮންމެހެން ބޭނުންވާ ކަމެއްމެއެވެ.

21އިސްތިއުނާފުކުރާ ފަރާތުން ބަޔާންކުރަނީ، އިސްތިއުނާފުކުރާ ފަރާތަށް ދޫކުރި ނަންބަރު:1020201494 "ހަލް އެންޑް މެޝިނަރީ އިނޝް އަރެންސް ޕޮލިސީ" ގެ މައްޗަށް އނި ގިރޭސިވިލާތގެ އިނު ޝް އަރެންސްއު ގުޅޭ ޤާނޫނު ނުހިންގޭނެ ކަމަށެވެ. އެކަމުގެ ސަބަބެއް ކަމުގައި ބަޔާންކުރަނީ، ބަޔާންވެދިޔަ ޕޮލިސީގެ "ކޮންޑިޝަންސް" ގެ ގޮތުގައި ބަޔާންކުރި ކަންކަންމުގެ ތެރޭގައި ހިމެނޭ -Institute Time Clauses dated 01/10/83-sHull (މީގެފަހުން "އިންސްޓިޓިއުޓް ޓައިމް ކްލޯސެސް") ހިމެނިފައި އޮތްނަމަވެސް، ދަށު ކޯޓުގައި ހިނގަމުންދިޔަ ޝަރީޢަތާއި ގުޅިގެން، ދިވެހި އިނޝްއަރެންސްއިން އެޑޮކިއުމެންޓް ޝަރީޢަތަށް ހުށަހެޅުމުގެ ކުރިން، އެއްވެސް އިރަކު، ޓޮޕް ޓުއާރސްއަށް ރައްދުކުރި ނުވަތަ ޓޮޕް ޓުއާރސްއަށް ފެނިފައިވާ ލިޔުމެއް ކަމުގައި ނުވާތީއެވެ.

22މީގެ އ ތުރުން، ޓޮޕް ޓުއާރސްއިން ފާހަގަކުރި ކަންކަމުގެ ތެރޭގައި، "އިންސްޓިޓިއުޓް ޓައިމް ކްލޯސެސް" އަކީ ކޮން ލިޔުމެއްކަމއެ، އޭގައިވަނީ ކޮން ކަންތައްތަކެއް ކަމއެ އޭގެ ހަޤީޤަތަކީ ކޮބައިކަން ބަޔާންކޮށްދޭ އެއްވެސް އިތުރު ވާހަކައެއް އިންޝުއަރެންސް ޕޮލިސީގައި ނެތްކަމށަ ވެ. އަދި އެކަން ދިވެހި އިނޝްއަރެންސްއިނ ބަޔާންކޮށް ނުދޭކަމަށެވެ. "އިންސްޓިޓިއުޓް ޓައިމް ކްލޯސެސް" އަކީ ބޮޑު ޑޮކިއުމެންޓއެ ކަމަށާއި، އެއީ އިންޝުއަރެންސް ޕޮލިސީގެ ބައެއްކަމަށް ދެކޭނަމަ، އޭގައި އޮތް އެއްޗެއް ބަލައި އޭގެ މައްޗަށް ވިސްނުމުގެ ފުރުޞަތު ދިވެހި އިނޝް އަރެންސް އިނު ޓޮޕް ޓުއާރސްއަށް ތަނަވަސްކޮށްދިންކަން ޝަރުޢީ ހަމަތަކުން ސާބިތު ކޮށްދޭންޖެހޭނެ ކަމަށެވެ.

23ޓޮޕް ޓުއާރސްގެ ފަރާތުން ދެއްކި ވާހަކަތަކާއި ގުޅިގެން، ދިވެހި އިންޝުއަރެންސްގެ ފަރާތުން މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވަނީ، ސުވާލު އުފައްދާ އިނޝް އަރެންސް ޕޮލިސީއަކީ އިނު ޝް އަރެންސް ބްރޯކަރެއު މެދުވެރިކޮށް ޓޮޕް ޓުއާރސްއިން ނަގާފައިވާ ޕޮލިސީއެއްކަމާއި، އިންޝުއަރެންސް އިންޑަސްޓްރީގައި ޢަމަލު ކުރަމުންދާ ޢާންމު އުޞޫލީ ހަމަތަކަކީ ޕްރޮޕެޝަނަލް މަސައްކަތުގެ ތެރެއިން ބްރޯކަރުންނަށް ރނަ ގަޅަށް އެނގޭނެ ނުވަތަ އެނގެންޖެހޭނެ ކަމެއްކަމާއި، ޓޮޕް ޓުއާރސްއަށ އޮޅުން ނުފިލާ އެއްވެސް ކަމެއް އޮތްނަމަ، އެކަމަކީ އިންޝުއަރެންސް ބްރޯކަރުގެ ކިބައިން ސާފުކުރަންޖެހޭނެކަމެއް ކަމަށެވެ. މީގެ އިތުރުން، މި ޕޮލިސީ އާއި ގުޅިގެން ޓޮޕް ޓުއަރސްއިނ ޕްރިމިއަމް ދައްކާ، އަދި މި ޕޮލިސީގެ ދަށުން ކްލެއިމް ކޮށްފައި އޮތުމުން، އަންގައިދޭ ކަމަކީ މި ޕޮލިސީ އޭގައި ހިމެނޭ އެންމެހައި ޝަރުޠުތަކާއި އެއްގޮތަށް ބަލައިގެނެފައިވާ ޕޮލިސީއެއްކަމަށެވެ.

24ދެފަރާތުން ދެއްކި ވާހަކަތަކާއި ގުޅިގެން، އިސްތިއުނާފު ކޮށްފައިވާ މައްސަލައިގައި ހިމެނޭ އިނޝް އަރެންސު ޕޮލިސީގެ މައްޗަށް ހިނގާނީ އިނގިރޭސިވިލާތުގެ އިނޝްއަރެންސާގުޅޭ ޤާނޫނުތަކާއި ޢަމަލުކުރާ ހަމަތައްތޯ ދެނެގަތުމުގެ ގޮތުން ފުރަތަމަ ބަލަންޖެހޭ ކަމަކީ، ސުވާލު އުފައްދާ "އިންސްޓިޓިއުޓް ޓައިމް ކްލޯސެސް" މި އ ނޝްއަރެންސް ޕޮލިސީގެ ބައެއްގެ ގޮތުގައި ހިމެނިގެން ގޮސްފައިވޭތޯ ނުވަތަ ނޫންތޯއެވެ؟ މިސުވާލުގެ ޖަވާބު ހޯދުމަށްޓަކައި އަންނަނިވި ކަންކަން ހުރި ނެތްގޮތް ބަލަންޖެހެއެވެ. ސުވާލުކުރެވޭ އިނޝް އަރެންސް ޕޮލިސީއަކީ މެންރިނ ހަލް ޕޮލިސީއެއްކަން:

25HN1އިސްތިއުނާފުކުރާ ފަރާތުން ބްރޯކަރެއ މެދުވެރިކޮށް ހުށަހެޅް ޕްރޮޕޯސަލް ފމަކޯ "މެރިން ހަލް އިންޝުއަރެންސް" ޕޮލިސީއަކަށ އެދް ހުށަހެޅި ޕްރޮޕޯސަލެވެ. އެކަން ދަޢުވާއާއެކު ހުށަހެޅި ޕްރޮޕޯސަލް ފޯމުން އެނގެއެވެ. މެރިން އިންޝުއަރެންސް، ޚާއްޞަކޮށް ހަލް އާ މެޝިނަރީ އިނޝް އަރާ ކުރުމަށް ނަގު ޕޮލިސީއަކުން ކަވަރު ކުރުމަށް އެދޭ ރިސްކުތަތަކީ ދުނިޔޭގެ ހުރިހާ ތަނެއްގައިހެން ދާދިއެއްގޮތް ރިސްކުތަކެވެ. އެހެންކަމުން، އެރިސްކުތައް ކަވަރު ކުރުމަށް އިންޝުއަރެންސް މާރކެޓްގައި ބޭނުންކުރަނީ އެކަމަށްޓަކައި ކަނޑައެޅިފައިވާ ސްޓޭންޑަޑް ކްލޯސެސް ތަކެކެވެ. އޭގެ ތެރޭގައި، އިންސްޓިއުޓ ޓައިމް ކްލޯސެސް ހިމެނެއެވެ. ވީމާ، އިނޝްއަރެންސ ޕޮލިސީއެއް ދޫކުރާ ކޮންމެ ފަރަހަކު، އެޕޮލިސީއާއެކު ވަކިން ލިޔެ އިންސްޓިއުޓް ޓައިމް ކްލޯސެސް ހިމެނުމަކީ ކުރަންޖެހޭ ކަމެއް ނޫނެވެ. ވީމާ، ދިވެހި އިނޝް އަރެންސު އިން ދޫކުރި ޕޮލިސީއަކީ ދެ ޞަފްޙާގެ ޕޮލިސީއެއް ކަމަށާއި، އެޕޮލިސީގައި އިންސްޓިޓިއުޓް ޓައިމް ކްލޯސެސްއާ ބެހޭ އެއްވެސް ވާހަކައެއް ނެތްކަމަށް ބުނުމަކުން ނުފުދެއެވެ. އެ ޕޮލިސީއާއެކު ކިޔަންޖެހޭ އެހެން ލިޔުންތަކެއް ހުރިކަން އެޕޮލިސީގެ ކޮނޑް ޝަންސްތަކަށް ބެލި މުން ސާފުވާނެއެވެ. އިސްތިއުނާފުކުރާ ފަރާތުން ހުށަހެޅި ޕްރޮޕޯސަލް ފޯމް:

26ޓޮޕް ޓުއާރސްއިނ ހުށަހެޅް ފޯމަކީ، ދިވެހި އިންޝުއަރެންސްގެ ފަރާތުން ތައްޔާރުކޮށްފައި އޮންނަ މެރިން ހަލް އިނޝްއަރެންސ އަށް އެދް ހުށަހަޅި އެކަމަށް ޚާއްޞަ ޕްރޮޕޯސަލް ފޯމެކެވެ. މިފޯމަކީ، ކޮންޓްރެކްޓާބެހޭ ޤާނޫނީ ހަމަތަކުން ބަލާއިރު، އިންވިޓޭޝަނެކެވެ. އޮފަރ އެއް ނޫނެވެ. މފޯމްގެ ތިރީގައި؛ “N.B. Cover is provided subject to the Company's usual Terms and Conditions. A specimen copy of the policy wording is available on request. No cover is in force until this Proposal has been accepted by the Company.” މިހެން ލިޔެ ބަޔާންކޮށްފައި ވެއެވެ. ވީމާ، އިނޝް އަރެންސު ކަވަރު ކުރާނީ، މެރިން ހަލްގެ ޔޝޫ އަލު ޓާރމްސް އެންޑް ކޮންޑިޝަންސް އާ އެކުގައި ކަމަށް ބަޔާންކުރި ކުރުމުން، މެރިން ހަލް އިނޝް އަރެންސު ޕޮލިސީ އަކާއި ގުޅިގެން، ޢާންމު އުޞޫލުން ހިމަނާ ސްޓޭންޑަރ އިންސްޓިއުޓް ޓައިމް ކްލޯސެސް ހިމެނޭނެ ކަން އިފްތިރާޟް ކުރެއެވެ.

27މިފޯމް ބްރޯކަރއެ މެދުވެރިކޮށް، ހުށަހެޅި ފަރާތަކީ އިސްތިއުނާފުކުރާ ޓޮޕް ޓުއާރސް އެވެ. ކޮންޓްރެކްޓާގުޅޭ ޤާނޫނީ ހަމަތައް ބަޔާންކުރާ ގޮތުން، މި ޕޮލިސީއަށ އެދް ހުށަހެޅި ފަރާތަކީ (offeror) އިސްތިއުނާފުކުރާ ޓޮ ޕް ޓުއާރސް އެވެ. އިސްތިއުނާފު ރައްދުވާ ދިވެހި އިނޝްއަރެންސ އަކް ހުށަހެޅުނީ ހުށަހެޅް ފަރާތެއް ނުނޭވެ. އެއީ އެހުށަހެޅުން ޤަބޫލުކުރި ފަރާތް (offeree) އެވެ. ވީމާ، އިނޝްއަރެންސ ވަކް ޕޮލިސީއަކަށް އެދި ހުށަހަޅާ ހުށަހެޅުމުގައި، ”nota bene“ މިހެން ލިޔެ، އިންޝުއަރެންސް ކަވަރު ކުރެވޭނީ، ދިވެހި އިންޝުއަރެންސް ކުންފުނީގެ ޔޝޫއަލ ޓާރމްސް އެންޑް ކޮންޑިޝަންގެ މައްޗަށް ކަމަށް ބަޔާންކޮށްފައި އޮތް އޮތުމުން އަންގައިދޭ ކަމަކީ، ވަކި ބާވަތެއްގެ އިންޝުއަރެންސް ޕޮލިސީއަކަށ އެދް ހުށަހަޅާއިރު، އެޕޮލިސީއަކާއ ގުޅިގެނި އިނޝް އުރެންސް ކަވަރކުރާނެ ޢާންމު ޝަރުޠުތަކާއި އަޙްކާމްތައްވެސް އެހުށަހެޅުމުގެ ތެރޭގައި ހިމެނިގެން ހުށަހަޅުނ ހުށަހަޅް ކަމެވެ. ވީމާ، ވަކި ކަމަކާއި ގުޅިގެން އިނޝް އަރެންސު ޕޮލިސީއަކަށ އެދް ހުށަހަޅާއިރު، އެ ޕޮލިސީގެ ތެރޭން އިނޝް އަރެންސް ކަވަރު ކުރާނީ ކިހިނެތްކަނު އަމުދުން ނނ ގޭކަމަށ ހުށަހަޅް ފަރާތުން ބުނުމަކީ ހަމަޖެހޭ ޤާނޫނީ ވާހަކައެއް ނޫނެވެ. އިނޝް އަރެންސ ޕޮލިސް ނަގާފައިވަނީ އިނު ޝް އަރެންސް ބްރޯކަރު އެ މެދުވެރިކޮށްކަން:

28HN2ހުށަހެޅިފައިވާ ލިޔުންތަކަށް ބަލާއިރު، ޓޮޕް ޓުއާރސްއިން ނަގާފައިވާ އިނޝް އަރެންސް ޕޮލިސު ނަގާފައިވަނީ އިންޝުއަރެންސް ބްރޯކަރެއް ކަމަށްވާ، ފިންލޭސ މޯލްޑިވްސް (ޕވޓ) ލިމިޓެޑް (އެޖެންޓް/ބްރޯކަރ ކޯޑް B007) މެދުވެރިކޮށްކަނ އެނގެން އ ވެއެވެ. އިންޝުއަރެންސް ބްރޯކަރަކީ އިނޝް އަރެންސު ޕޮލިސީ ނަގާފަރާތުގެ (އިންޝުއަރޑް) މަސްލަޙަތުގައި ޙަރަކާތްތެރިވާ އެފަރާތުގެ އެޖެންޓެކެވެ. ބްރޯކަރުގެ ފިޓް އެންޑް ޕްރޮޕަރ ކްރައިޓީރިއާއަށް ބަލާއިރު، އިނޝް އަރެންސް ބްރޯކަރަކީ، އިނު ޝްއަރެންސް މާރކެޓްގައި ޢާންމުކޮށް ކަންހިނގި ނުހިނގާ ގޮތާ އެފަރާތަށް އެނގޭނެ ނުވަތަ އެގެންޖެހޭނެ ފަރާތެކެވެ. އޭނާގެ މަސައްކަތަކީ ޕްރޮފެޝަނަލް މަސައްކަތެކެވެ. ވީމާ، އިންޝުއަރެންސް ބްރޯކަރާމެދު ޝަރީޢަތުން ޤަބޫލުކުރަންޖެހޭނީ، އެފަންނުގައ ނުވަތި އެޕްރޮފެޝަންގައ މަސައްކަތްކުރި ސަބަބުވެރި އިންސާނަކު ޢަމަލުކުރާނެ އަސާސީ ހަމަތަކުގެ މަތިން އެންމެ ކުޑަވެގެން ޢަމަލުކުރާނެ ފަރާތެއް ކަމަށެވެ. ވަކި ދާއިރާއަކުން ޢިލްމާއި ތަޖުރިބާ ލިބި ހުރިމީހަކު އެދާއިރާއިން ދޭ ޚިދުމަތަކާއި ގުޅިގެން، ޚިދުމަތް ހޯދި ފަރާތަށް ގެއްލުން ލިބުނީ އެ ދާއިރާގައި ޢަމަލު ކުރަންޖެހޭ އަސާސީ ފަންނީ މިންގަނޑާއި އޭނާ ޚިލާފަށް ޢަމަލު ކުރުމުން ކަމަށް ޤަބޫލު ކުރެވޭނަމަ، އެކަމަކީ އެދެފަރާތުގެ ދެމެދުގައި ޙައްލުކުރަންޖެހޭ ކަމެ ކ ވެ.

29މި އުޞޫލުން ބަލާއިރު، އިންޝުއަރެންސް ބްރޯކަރަކަށް، މެރިން ހަލް އިނޝް އަރެންސު ޕޮލިސީއެއް ނަގާއިރު، އެޕޮލިސީއާއެކު އިނސްޓިޓިއުޓ ޓައިމް ކްލޯސަސް ހިމެނިފައި އޮތުމަކީ މެރިން އިނޝްއަރެންސްއާގުޅޭ ގޮތުން މާރކެޓްގައި ޢަމަލުކުރަމުންދާ ސްޓޭންޑާރޑް ހަމަކަން އނެ ގޭނެކަމަށް ޤަބޫލުކުރަންޖެހެއެވެ. ވީމާ، އިންސްޓިޓިއުޓް ޓައިމް ކްލޯސަސްއަކީ މެރިން ހަލް ޕޮލިސީއާއެކު އެޓޭޗް ވެގެންދާ ޑޮކިއުމެންޓެއްކަމާއި، އެޑޮކިއުމެންޓްގައ އޮތި އެއްޗަކާއި އޭގެ ނަތީޖާ ނުކުމެދާނެ ފޮނި ހިތިކަނ ބަޔާންކޮށް ކިޔައިދިނުމުގެ ޒިންމާ އޮތް ފަރާތަކީ އިންޝުއަރެންސް ބްރޯކަރަށެވެ. އެލިޔުމަކީ ކޮން ލިޔުމެއްކަމާއި އެލިޔުމުގެ ނަތީޖާއަކީ ކޮބއަ ކަނި ދިވެހި އިންޝުއަރެންސްގެ އަމިއްލަ އިސްނެގުމުން ޓޮޕް ޓުއާރސްއަށް ކިޔައިދީ ބަޔާންކޮށްދިނުމުގެ ޤާނޫނީ ޒިންމާއެއް މިޙާލަތުގައި ނެތެވެ. އިނޝްއަރެންސްގ ބްރޯކަރުގެ ޒިންމާއާ ގުޅޭ ގޮތުން، ޝަރީޢަތުން ގޮތް ކަނޑައެޅެނީ މަޢުޟޫޢީ ހަމަ އަކުންނެވެ. އެހެންކަމުން، އިނޝް އަރެންސު ބްރޯކަރު ޝަރީޢަތުގެ މަޖިލީހަށް ޙާޟިރުވެ އެފަރާތަށް އެކަން އޮތް ނެތްގޮތް ނނ ގޭކަމަށް ބުނިނަމަވެސް އެކަމަކީ ޤަބޫލުކުރެވޭނެ ކަމެއް ނޫނެވެ.

30ވީމާ، އިސްތިއުނާފުކުރާ ޓޮޕް ޓުއަރސްގެ ފަރާތުން، ސުވާލު އުފައްދާ "އިންސްޓިއުޓ ޓައިމް ކްލޯސެސް" އަށް ބަލައި އެކިޔާ މުޠާލިޔާކޮށް އޭގެ ނަތީޖާއާމެދު ވިސްނާފައި ނެތްކަމަށް ބެލިނަމަވެސް، އެއީ އިންޝުއަރެންސް ބްރޯކަރާމެދު ޝަރީޢަތުން ދެކެވޭނެ ހަމައެއް ނޫނެވެ. މިޙާލަތުގައި، މެރިން ހަލް އިނޝް އަރެންސް ޕޮލިސީއެއް ނަގާއިރު، އެޕޮލިސީއާއެކު "އިންސްޓިއުޓ ޓައިމް ކްލޯސެސް" ހިމެނި އެޓޭޗް ވެގެންދާނެކަމާއި އެޑޮކިއުމެޓްގައ އޮތި އެއްޗެއް އިނޝް އަރެންސް ބްރޯކަރަށް އ ނ ގޭނ ކަމަށެ ބަލަންޖހެ ތ، މިޕޮލިސީ ނެގި ޓޮޕް ޓުއާރސްއާ މެދުވެސް ޝަރީޢަތުން ދެކޭނީ ހަމަ މިއުޞޫލުންނެވެ. ޕްރޮޕޯސަލް ޤަބޫލުކުރިކުރުން:

31އިސްތިއުނާފުކުރާ ފަރާތުން އިންޝުއަރެންސް ބްރޯކަރު މެދުވެރިކޮށް ހުށަހެޅި ޕްރޮޕޯސަލް ފޯމް ނުވަތަ އޮފަރ ޤަބޫލުކުރި ފަރާތަކީ އިސްތިއުނާފު ރައްދުވާ ދިވެހި އިނޝް އަރެންސް އެވެ. އ އޮފަރ ޤަބޫލުކުރި ކުރުމުގައި ބަޔާންކޮށްފައިވަނީ؛ “THE COMPANY, hereby agree, in consideration of payment to us or on behalf of the Assured of the premium specified in the Schedule, to insure against loss, damage, liability or expense in the manner as shown in the Schedule and on the reverse hereof.”

32ދިވެހި އިނޝްއަރެންސްއިން މިއޮފަރ ޤަބޫލުކޮށް ދޫކުރި "ހަލް އެންޑް މެޝިނަރީ އިނޝް އަރެންސު ޕޮލިސީ" ގައި "ކޮންޑިޝަން" ތަކެއް ބަޔާންކޮށްފައިވެއެވެ. އެކޮންޑިޝަންތަކުގެ ގޮތުގައި ބަޔާންކުރަނީ؛ “Institute Time Clauses-Hulls-dated 01/10/83 Institute Machinery Damage Additional Deductible Clause dated 01/10/83 Passenger Liability as per Commercial Vessels Third Party Liability Clauses up to the sum insured of the vessel, per passenger limit MVR 154,200.00 Clause DIC 08/16 Subject to all necessary permits to be taken and up to date from all relevant government authorities for the operation of vessel” މިކަންކަމެވެ.

33އިސްތިއުނާފ ރައްދުވު ދިވެހި އިނޝް އަރެންސު އިން ޤަބޫލުކުރީ ޓޮޕް ޓުއާރސް އިން ހުށަހެޅި ހުށަހެޅުން ހެއްޔެވެ؟ ޓޮޕް ޓުއާރސްގެ ވާހަކަތަކުން ދެނެގަނެވޭ އެއްކަމަކީ، ދިވެހި އިނޝް އަރެންސު އިން ދޫކުރި ޕޮލިސީގައި ބަޔާންކުރާ "ކޮންޑިޝަންސް" ތަކުގެ ސަބަބުން، އެފަރާތުން ހުށަހެޅި ހުށަހެޅުން ބަދަލު ވެއްޖެކަމެވެ. މާނައަކީ ޤަބޫލުކުރި ފަރާތުން ޤަބޫލުކުރީ، ހުށަހެޅި ފަރާތުން ހުށަހެޅި ހުށަހެޅުމެއް ނޫނެވެ. އެހެންކަމަށް ބަލާނަމަ، ދިވެހި އިނޝްއަރެންސ އިން ޤަބޫލުކުރި ކުރުން ވެގެން ދާނީ ކޮންޓްރެކްޓާބެހޭ ޤާނޫނީ ހަމަތަކުން ކައުންޓަރ އޮފަރ އަކަށެވެ. މިޙާލަތުގައި، ދިވެހި އިންޝުއަރެންސްގެ ފަރާތުން ދޫކުރި "ހަލް އެންޑް މެޝިނަރީ އިންޝުއަރެންސް ޕޮލިސީ" ޤަބޫލުނުކުރުމުގެ ފުރުޞަތު ކޮންޓްރެކްޓާބެހޭ ޤާނޫނީ ހަމަތަކުގެ މަތިން ޓޮޕް ޓުއާރސްއަށް އޮންނާނެއެވެ. އެހެނީ، ކޮންޓްރެކްޓެއްގައި ޤަބޫލުކުރާ ފަރާތުން ޤަބޫލުކުރާންވާނ ހުށަހެޅީ ހުށަހެޅުން އެހުށަހެޅި ގޮތަށެވެ. ޤަބޫލުކުރާ ފަރާތުން، ހުށަހަޅާ ފަރާތުގެ ހުށަހެޅުން ބަދަލުކޮށްފިކަމަށް ދެކޭނަމަ، ހުށަހެޅުން ޤަބޫލުކުރީ ކަމަކަށް ނުވާނެއެވެ. އެކަންވެގެނ ދާން ހުށަހެޅުނީ ބަދަލު ކުރީ ކަމުގައެވެ. ނަމަވެސް، ޓޮޕް ޓުއާރސްގެ ފަރާތުން، އިންސްޓިޓިއުޓް ޓައިމް ކްލޯސެސް މި ކޮންޓްރެކްޓްގޯ ބައެއްގެ ގޮތުގައި ނުހިމެނޭނެކަމަށްބުނެ ދައްކާ ވާހަކަތަކަކީ އެފަރާތުން ހުށަހެޅި ކްލެއިމް ރައްދުކުރުމުން އޭގެފަހުން ދައްކާ ވާހަކަތަކެކެވެ. މި ޕޮލިސީ ދޫކުރުމާއެކު މި ޕޮލިސީގައި ހިމެނޭ ކޮންޑިޝަންސްތަކާއި އެކޮޑިންޝަންތަކުގެ ދަށުން ބަޔާންކުރާ ކަންކަމުގެ ވާހަކައެއް ނުދައްކައެވެ. އެއާޚިލާފަށް، މި ޕޮލިސީގެ ދަށުން ޕްރިމިއަމް ދައްކައި، އަދި އިންޝުއަރެންސް ކްލެއިމްސްވެސ ހުށަހެޅް މި ޕޮލިސީގެ ދަށުންނެވެ.

34މަތީގައި ބަޔާންކުރެވުނު ކަންކަމުގެ މައްޗަށް އެކުގައި ބެލުމުން ނިކުންނަ ނަތީޖާއަކީ، މި މައްސަލައިގައި ސުވާލު އުފައްދާ އިންޝުއަރެންސް ޕޮލިސީއެކު "އިންސްޓިޓިއުޓް ޓައިމް ކްލޯސެސް" އެ ޕޮލިސީގެ ބައެއްގެ ގޮތުގައި ހިމެނި އިންކޯޕަރޭޓް ވެގެން ދާނެކަމެކެވެ.

35އިންސްޓިޓިއުޓް ޓައިމް ކްލޯސެސްއަކ ބޮޑީ ޑޮކިއުމެންޓެއްކަމާއި އެޑޮކިއުމެންޓް ފޯރުކޮށްދީފައި ނެތްކަ މާއި، އެޑޮކިއުމެންޓް ކިޔައި އޭގައި އޮތް އެއްޗެއް ބަލާނެ ފުރުޞަތު ނުލިބޭކަމަށް ޓޮޕް ޓުއާރސްއިން މިހާރު ބުނާ ބުނުމަކީ ޤާނޫނީ ހަމައަކުން ބަލައިގަނެވޭނެ ވާހަކަތަކެއް ނޫނެވެ. އެހެނީ، ޕްރޮޕޯސަލް ފޯމަކީ، މެރިން އިނޝްއަރެންސްއ ގުޅާ ފޯމެކެވެ. އަދި އެފޯމްގައި އިންޝުއަރެންސް ކަވަރު ކުރާނީ ކުންފުނީގެ ޔޝޫ އަލު ޓާރމްސް ތަކާއި ކޮންޑިޝަންތަކުގެ މައްޗަށްކަން ބަޔާންކުރެއެވެ. ވީމާ، ދިވެހި އިނޝް އަރެންސު އިން އިނޝްއަރެންސ ޕޮލިސް ދޫކުރިއިރު، ކޮންޑިޝަންސްގ ގޮތުގައެ ބަޔާންކުރި "އިންސްޓިއުޓް ޓައިމް ކްލޯސެސް" ވެގެންދަނީ، ޕްރޮޕޯސަލް ފޯމްގައި ބަޔާންކުރި މެރިން އިނޝްއަރެންސ ގުޅާ ގޮތުން ދިވެހި އިނޝްއަރެންސ އިން ޢާންމުކޮށް ޢަމަލުކުރާ ޓާރމްސްތަކާއި ކޮންޑިޝަންތަކުގެ އިތުރު ތަފްޞީލެއް ކަމުގައެވެ. އެ ތަފްޞީލުތައް އިންޝުއަރެންސް ބްރޯކަރަށް އެނގޭނެއެވެ. ވީމާ، މި ޕޮލިސީގެ މައްޗަށް ހިނގނާ އނި ގިރޭސި އިނޝްއަރެންސްއާގުޅޭ ޤާނޫނާއި ޢަމަލުކުރަމުންދާ ހަމަތައްކަމަށް ދަށު ކޯޓުން ބަޔާންކުރީ ރނަ ގަޅަށެވެ. އެކަމުގައި ޤާނޫނީ އަދި ޝަރުޢީ އެއްވެސް ގޯހެއް ނެތެވެ. އިސްތިއުނާފީ ދެވަނަ ނުކުތާ:

36HN3ޓޮޕް ޓުއާރސް އިން ހުށަހެޅް އިސްތިއުނާފި ދެވަނަ ނުކުތާގައި ތަފާތު ދެ މަޢުޟޫއަކަށ ވާހަކް ދައްކާފައި ވެއެވެ. ފުރަތަމަ މައުޟޫއަކީ، ބިދޭސީ ޤާނޫނުގައި ކަން އޮތްގޮތް ސާބިތު ކޮށްދިނުމުގެ ބުރައާގުޅޭ ގޮތުންނެވެ. މިނުކުތާގައި ޓޮޕް ޓުއާރސް އިން ޙަވާލާދޭ ސުޕްރީމް ކޯޓުގެ ނަންބަރު:2017/SC-A/23 ޤަޟިއްޔާ ގެ 36 ވަނަ ނުކުތާއިން ޙަވާލާދޭ އުޞޫލު ފެށުމުގައި ބަޔާންކޮށްފައިވަނީ، "ބިދޭސީ ޤާނނުގައ ކަނި އޮތްގޮތޫ ސާބިތުކުރުމަކީ، އެ ޤާނޫނު ތަޠުބީޤުކުރުމަށް އެދޭ ފަރާތުން މައްސަލައިގެ ވާޤިޢާއެއް ސާބިތުކުރުމެކޭ އެއްފަދައިން ބުރަ އުފުލަންޖެހޭ ކަމެއްގައި ކަނޑައަޅައިގެން ކުރިއަށް ދިއުމެވެ." މިފަދައިންނެވެ. ސުޕްރީމް ކޯޓުގެ މި ޤަޟިއްޔާގައި ވާހަކަ ދައްކާފައިވަނީ، އެއްބަސްވުމެއް މާނަކުރުމާއި، އެއްބަސްވުމަކާ ގުޅިގެން އުފެދޭ މައްސަލަތައް ޙައްލު ކުރުމުގައި އެއްބަސްވުމުގެ ބައިވެރިން ބިދޭސީ ޤާނޫނެއް އިޚްތިޔާރުކުރާ ޙާލަތުގައި އެކްސްޕޯޓް އިމްޕޯޓް ބޭންކް އޮފް މެލޭޝިޔާ ބަރްހާދް ވ. ސަލްޓަންސް އޮފް ދަ ސީސް މެރިން ޓެކްސީ ފްރައިވެޓް ލިމިޓެޑް، ސަލްޓަންސް އޮފް ދަ ސީސް ޕްރައިވެޓް ލިމިޓެޑް އެ ފަދަ މައްސަލަތަކުގެ ޝަރީޢަތްތަކުގައި އެ ބިދޭސީ ޤާނޫނުގެ ބޭނުން ހިފުމުގައި ގެންގުޅޭ އުޞޫލަތަކެއްގެ މައްޗަށެވެ. ސުޕްރީމް ކޯޓުން ބަޔާން ކުރާގޮތުން، މައިގަނޑުގެ ދެގޮތަކަށް ބިދޭސީ ޤާނޫނު ތަޠުބީޤުކުރެއެވެ. އެއްގޮތަކީ، ބިދޭސީ ޤާނޫނަކީ ދޭސީ ޤާނޫނުފަދަ (lex fori) ޤާނޫނެއް ފަދައިން ބެލުމެ ވެ. އަނެއް ގޮތަކީ، ޓޮޕް ޓުއާރސްއިނ ހުށަހެޅް ފަދައިން ބިދޭސީ ޤާނޫނަކީ މައްސަލައިގެ ވާޤިޢާއެއް ކަމުގައި ބަލައިގެން، ވާޤިޢާއެއް ސާބިތުކުރުމެކޭ އެއްފަދައިން ބިދޭސީ ޤާނޫނުގައި ކަން އޮތްގޮތް ސާބިތު ކޮށްދިނުމެވެ. ބިދޭސީ ޤާނޫނުގައި ކަން އޮތްގޮތް ސާބިތު ކޮށްދެވޭނެ އެއްގޮތަކީ، ބިދޭސީ ޤާނޫނުގެ ދެލިކޮޕީ ހުށަހަޅައިގެން އެކަން ސާބިތު ކޮށްދިނުންކަމަށ ސުޕްރީމް ކޯޓުން ބަޔާންކުރެއެވެ.

37ހުށަހެޅިފައިވާ އިސްތިއުނާފީ މައްސަލައިގައި، ޓޮޕް ޓުއާރސްގެ ފަރާތުން ސުވާލު އުފައްދާ އެއްކަމަކީ، ޓޮފް ޓުއާރސް އާއި ދިވެހި އިނޝް އަރެންސު ދެމެދާ އުފެދިފައި އޮތް ކޮންޓްރެކްޓްގެ ބައެއްގެ ގޮތުގައި، "އިންސްޓިޓިއުޓް ޓައިމް ކްލޯސެސް" ހިމެނިގެން ނުދާނެ ކަމަށް ބުނެ އުފައްދާ ސުވާލެވެ. އެސުވާލުގެ ޖަވާބު އިސްތިއުނާފީ ފުރަތަމަ ނުކުތާގައި ބަޔާން ކުރެވިއްޖެއެވެ. އިންސްޓިޓިއުޓް ޓައިމް ކްލޯސސެ އަކީ، ޓޮޕް ޓުއާރސް އާއި ދިވެހި އިނޝްއަރެންސ ދެމެދާ އޮތު ކޮންޓްރެކްޓްގެ ބައެއްގެ ގޮތުގައި ހިމެނިގެން ގޮސްފައިވާތީ، މިކޮންޓްރެކްޓްގެ މައްޗަށް ހިންގޭނީ، އނި ގިރޭސިވިލާތުގެ ޤާނޫނާއި ޕްރެކްޓިސްކަން އެނގެން އޮވެއެވެ. ސަބަބަކީ، އިންސްޓިޓިއުޓް ޓައިމް ކްލޯސެސްގައި ފުރަތަމަވެސް އޮތީ؛ “This insurance is subject to English Law and practice” މިފަދައިންކަމަށް ވާތީއެވެ. ވީމާ، ޓޕ ޓުއާރސް އާއް ދިވެހި އިނ ޝްއަރެންސްއ ދެމެދާ އޮތު ކޮންޓްރެކްޓްގައި މިއީ، އނި ގިރޭސ ޤާނޫނާއި ޕްރެކްޓިސްގެ މައްޗަށް ތަބާވެގެންވާ އިނޝް އަރެންސެއު ކަމަށް ބަޔާންކޮށްފައިވާތީ، މި އިނޝްއަރެންސ ގުޅާ ގޮތުން ދެބަސްވުން އުފެދޭ ޙާލަތެއްގައި މި އިނޝް އަރެނު ސ ގ މައްޗަށް ހިނގާނީ، އނި ގިރޭސި ޤާނުނާއި ޕްރެކްޓިކްސްކަމަށ އެއްބަސްވުމުގް ދެބައިވެރިން އެވަނީ އެއްބަސްވެފައެވެ. ވީމާ، އިނގިރޭސީ ޤާނޫނާއި ޕްރެކްޓިސް މި އިނޝް އުރެންސްގެ މައްޗަށް ހިންގުމަށް ދިވެހި އިނޝް އަރެނު ސްގެ ފަރާތުން އިޚްތިޔާރުކުރީ ނޫންކަން އެނގެއެވެ. އެއްބަސްވުން ވުޖޫދު ވުމުގައިވެސް އޮތް އަސްލު ގޮތަކީ އެއީއެވެ. ވީމާ،މި އެއްބަސްވުމއާ ގުޅިގެން އުފެދުނު ޚުޞޫމާތް ޙައްލު ކުރުމުގަ ގޮތުން ބިދޭސީ ޤާނޫނު އިޚްތިޔާރު ކުރި ފަރާތަކީ ހަމައެކަނި ދިވެހި އިނޝް އަރެންސް ކަމަކަށްދެކިގެން، އެފަރާތަކަށް ސާބިތުކުރުމުގެ ބުރައެއް ނޯންނާނެއެވެ. މިއެއްބަސްވުމުގެ ދެ ބައިވެރިންވެސ ވަން މި އެއްބަސްވުމގައު ތަބާވާނީ އނި ގިރޭސ ޤާނޫނާއި ޕްރކެޓިސްކަމަށް އެއްބަސްވެފައެވެ. ވީމާ، އެއްބަސްވުމުގެ ވަކި ބައިވެރިއަކަށު ވަކި ބުރައެއް އޮތްކަމަށް ބުނުމަކީ މިޙާލަތުގައި އިންޞާފުވެރި ގޮތެއް ނޫނެވެ.

38އިސްތިއުނާފީ ދެވަނަ ނުކުތާގައި ވާހަކަ ދެއްކި ދެވަނަ މައުޟޫއަކީ، އިނޝް އަރެންސު އެއްބަސްވުމަށް އައުމަށްޓަކައި ހާމަ ކުރަންޖެހޭ މަޢުލޫމާތު ހާމަ ކުރުމުގެ މިންގަނޑާއިގުޅޭ ގޮތުންނެވެ. ޓޮޕް ޓުއާރސް އިން ބަޔާންކުރާ ގޮތުން، އިނޝް އަރެންސ ކޮށްދިނުމަށް އެދް ފަރާތުން، އެފަރާތަށް އެނގިހުރި މިންވަރަކުން ހެޔު ނިޔަތުގައި މަޢުލޫމަތު ހާމަ ކޮށްފައިވާނަމަ މަޢުލޫމާތު ހާމަކުރުމުގެ ޒިންމާ އުފުލުނީއެވެ. އެޒިންމާ ނުއުފުލޭކަން ސާބިތު ކުރުމުގެ ގޮތުން، އިނޝް އަރެންސ ކޮށްދިން ފަރާތުން ދ ކަމެއް ސާބިތުކޮށްދޭންޖެހޭ ކަމަށެވެ. އެއީ ހާމަ ކޮށްފައިނުވާ މަޢުލޫމާތަކީ، ޖައުހަރީ ހަޤީޤތަ އެ (material facts) ކަމާއި، އިނޝް އަރެންސު އެއްބަސްވުމަށް އާދެވުނީ، ޖައުހަރީ ހަޤީޤަތެއް ހާމަ ނުކުރުމުގެ ސަބަބުން ނުވަތަ ހާމަކުރި މަޢލު މާތު ހާމަކުރޫ ޙަޤީޤަތާއި ޚިލާފަށް (misrepresentation) ކަމަށް ވުމެވެ. މިނުކުތާއާއި ގުޅިގެން ދިވެހި އިންޝުއަރެންސްގެ ފަރާތުން މައިގަނޑު ގޮތެއްގައި ބަޔާންކުރަނީ، އިނޝް އަރެންސްއަށު އެދި ހުށަހަޅާ ފަރާތުން، ހުށަހަޅާ ހުރިހާ މަޢުލޫމާތަކީ ހެޔޮނިޔަތުގައި އެ ފަރާތަށް އެނގިހުރި މިންވަރަކުން ހާމަކޮށްފައިވާ ތެދު މަޢުލޫމާތެއްކަން ކަށަވަރު ކުރުމުގެ ޒިންމާ resentaion)p (duty of fair އޮތް ފަރާތަކީ، އިނޝް އަރެނު ސްއަށ އެދް ހުށަހަޅި ފަރާތާ ކަމަށެވެ. ނަމަވެސް، މ މައްސަލައިގައި، އިނޝް އަރާ ކުރަނު ހުށަހެޅި އުޅަނދަކީ، އޭގެ ކުރިން އިނޝް އަރު ންސެ ކ ލެއިމ ކޮށްފައިވް އުޅަނދެއްކަމަށްވާއިރު، އިނޝްއަރެންސ އެއްބަސްވުމަށް އައިއިރު އެމަޢުލޫމާތު ހާމަކޮށްފައި ނެތްކަމަށެވެ.

39HN4ދެފަރާތުގެ ވާހަކަތަކަށް ބަލާއިރު، އިންޝުއަރެންސްގެ މުޢާމަލާތު ބިނާވާ އަސާސީ އެއް ތަބަކީ (uberrimae fidei) އެވެ. އެއީ އެންމެ މަތީ ދަރަޖައިގެ ހެޔޮ ނިޔަތް (utmost good faith) އެވެ. މިހެޔޮ ނިޔަތް އޮންނަންޖެހެނީ ހާމަކުރާ މަޢުލޫމާތު ތެދުވެރިކަމާއެކު ހާމަކުރުމަށް ނުވަތަ އޮޅުވާލުމެއް މަކަރެއް ޙިލާތެއް ހެދުމެއްނެތި ހާމަ ކުރުމަށް އެކަންޏެއް ނޫނެވެ. ހާމަނުކޮށް ކަމެއް ނުބޭއްވުމުގެ މައްޗަށްވެސް މިހެޔޮ ނިޔަތް އޮންނާން ޖެހެއެވެ. އިނޝް އަރެންސްގު ކޮންޓްރެކްޓަކަށް ވަންނައިރު މަޢުލޫމާތު ހާމަނުކޮށް ހަނު ހުރުމަކީ ކުރެވޭނެކަމެއް ނޫނެވެ. ވިމާ، ހާމަކުރުމުގެ ޒިންމާ އާއި ހާމަކުރާ މަޢުލޫމާތު ތެދުވެރިކަމާއެކު ހާމަކުރުމުގެ ޒިންމާވެސް އޮންނާނެއެވެ.

40ޓޮޕް ޓުއާރސް އިން ހުށަހެޅް ޕްރޮޕޯސަލް ފޯމްގައި އޮތް އެއް ސުވާލަކީ؛ “5.In respect of the vessel or any other vessel you have had any interest in, have you ever made a claim upon any insurer? YES NO މިއެއެވެ. ޓޮޕް ޓުއަރސްގެ ފަރާތުން، މިއިން އެއްވެސް ގޮޅިއެއްގައި ފާހަގައެއް ޖަހާފައެއް ނެތެވެ. އެހެންކަމުން، އިނޝް އަރެންސ ކުރަން އެދް އުޅަނދާއ ގުޅިގެނި ނޫން އިނު ޝް އަރެންސްއަށ އެދް ފަރާތުގު އެއްވެސް މަސްލަޙަތެއް އޮތް އެހެން އުޅަނދަކާއި ގުޅިގެން، އިނޝުއްރެންސްކޮށދޭ ފަރާތެއްގެ ކިބައިން މީގެ ކުރިން އިނޝްއަރެންސ ފައިސް ހޯދުމަށް އެދިފައިވާނެތޯ ކުރި ސުވާލާއި ގުޅިގެން، އާއެކޭވެސް ނޫނީ ނޫނެކޭވެސ ޓޮޕް ޓުއާރސްގެ ފަރާތުން ބުނެފައެއް ނެތެވެ. މިޙާލަތުގައި މަޢުލޫމާތު ހާމަކޮށްފައި އޮތްކަމކަ ށ ނުފެނެއެވެ. ނަމަވެސް އާންމު އެހެން ކޮންޓްރެކްޓްތަކާއި ޚިލާފަށް އިންޝުއަރެންސް ކޮންޓްރެކްޓްތަކުގައި މަޢުލޫމާތު ހާމަކޮށްދިނުމުގެ އިޖާބީ ދައުރެއް އޮވެއެވެ.

41ވީމާ، މިޙާލަތުގައިވެސް، މަޢުލޫމާތު ހާމަކުރުމަށް ޓޕޮ ޓުއާރސްގެ މައްޗަށް އޮތް ޒިންމާ އެގޮތުގައި އޮންނާނެއެވެ. އެ ޒިންމާއަކީ، ވަކި ފަރާތަކުން ކުރާ ވަކި ސުވާލަކާއ ގުޅިގެނި ދޭންޖެހޭ ޖަވާބެއްގެ މައްޗަށް މަޙްދޫދުވާނެ ޒިންމާއެއް ނޫނެއެވެ. އެންމެ މަތީ ދަރަޖައިގެ ތެދު ނިޔަތުގައި ކަންކުރުމަކީ، އިނޝް އަރެންސު ކޮންޓްރެކްޓަކާއ ގުޅިގެނި ހާމަ ކުރަންޖެހޭ މަޢުލޫމާތު ޚާއްޞަކޮށް ޖައުހަރީ ޙަޤީޤަތްތައް އިޖާބީ ދައުރެއްގެ ތެރެއިން ހާމަ ކުރުމެވެ. ވީމާ، ވަކި ކަމާއިގުޅިގެން ސުވާލުކޮށްފައި އޮއްވައި، މަޢުލޫމާތު ނުދީ ހުރުމަކީ، މިދެންނެވި އެންމެ މަތީ ދަރަޖައިގެ ހެޔޮ ނިޔަތާއި ފުށުއަރާ ޢަމަލެކެވެ.

42HN5ދެން ބަލަންޖެހެނީ، ޓޮޕް ޓުއާރސްއިން "ޔެސ ނުވަތް ނ" ޖަހަން ޖެހޭ މި ސުވާލުގައި ބަޔާންކުރާ ޙަޤީޤަތަކީ ޖައުހަރީ ކަމެއްތޯއެވެ؟ އިނޝްއަރެންސ ގުޅާ ކޮންޓްރެކްޓްތަކުގައި ހާމަ ނުކުރި ޙަޤީޤަތަކީ ޖައުހަރީ ކަމެއްތޯ ނުވަތަ ނޫންތޯ ދެނެގަތުމުގެ ޓެސްޓަކީ އުޞޫލެއްގެ ގޮތުން އބޮ ޖެކްޓިވ ނުވަތް މައުޟޫޢީ ޓެސްޓެކެވެ. އެޓެސްޓްގައި މައިގަނޑު ގޮތެއްގައި ބަޔާން ކުރަނީ؛ “A fact is material if it would influence the judgment of a prudent insurer in fixing the premium or deciding whether to accept the risk” Carter v. Boehm (1766).

43ވީމާ، އިންޝުއަރެންސް އިންޑަސްޓްރީގައި މަސއްކަތްކުރަ އިންޝުއަރެންސް ދޭ ސަބަބުވެރި މީހަކަށް، އެދޫކުރާ އިންޝުއަރެންސް ޕޮލިސީއަކާއ ގުޅިގެނި ކަނޑައަޅަންޖެހޭ ޕްރިމިއަމް ކަނޑައެޅުމަށް އަސަރެއް ކުރާނެ ކޮންމެ ޙަޤީޤަތެއް ނުވަތަ ޓްރާނސް ފަރް ކުރަން އުޅޭ ރިސްކު ޤަބޫލުކުރާނެތޯ ނިންމާންޖެހޭ ނިންމުމަށް އަސަރު ކުރާނެ ކޮންމެ ޙަޤީޤަތަކީ އެއިނޝްއަރެންސް ޕޮލިސީއަކާއ ގުޅިގެނި ހާމަ ކުރަންޖެހޭ ޖައުހަރީ ޙަޤީޤަތެކެވެ.

44މިމައްސަލައިގައި އިނޝް އަރު ކުރި އުޅަނދު ނުވަތަ އިނޝްއަރެންސްއަށ އެދް ފަރާތުގެ އެއްވެސް މަސްލަޙަތެއް އޮތް އުޅަނދަކާއ ގުޅިގެނި ކުރިން އިނޝް އަރެންސް ކުލެއިމްއެއް ކޮށްފައިވާނެތޯ ކުރާ ސުވާލަކީ އިންޝުއަރެންސްގެ ޕްރިމިއަމް ކަނޑައެޅުމަށް ނުވަތަ ޓްރާންސްފަރ ކުރަން އެދޭ ރިސްކް ޤަބޫލުކުރާނެތޯ ނުވަތަ ނޫންތޯ ނިންމާ ނިންމުމަށް އަސަރުކުރާ ޖައުހަރީ ޙަޤީޤަތެކެވެ.

45މިޙަޤީޤަތ ޓޮޕް ޓުއާރސްއިން ހާމަކޮށްފައި ނުވާއިރު، މޙަޤީޤަތް އިނެ ގިގެން ގޮސްފައިވަނީ، މި މައްސަލައިގައި ބަޔާންކުރާ އިނޝް އަރެނު ސ ކްލެއިމް ހުށަހެޅުމުންކަނ އެނގެން އޮވެއެވެ. އަދި އެ ހުށަހެޅުމުގައިވެސް، އިނޝް އަރެންސް ކްލެއިމް ކުރީ މި މައްސަލައިގައި ބަޔާންކުރާ އުޅަނދަށްކަނ އެނގޭގޮތަށް މި ކްލެއިމް ހުށަހެޅިއިރުވެސް މަޢުލޫމާތު ނުދޭކަން އެނގެއެވެ. މީގެ ކުރިން އިނޝް އަރެންސް ކ ލެއިމ ކުރް މިހާރުވެސް އިނޝް އަރެނު ސ ކުލެއިމ ކުރް އުޅަނދަށްކަނ އެނގުން ދިވެހި އިނޝްއަރެންސްއިނ އިތުރަށް މަޢުލޫމާތު ސާފުކުރުމުންކަނ ހުށަހެޅުން ލިޔުންތަކުން ސާފުވެއެވެ. އިނޝް އަރެންސް ކ ންޓްރެކްޓަކާއި ގުޅިގެނ އެންމެ މަތީ ދަރަޖައިގެ ހެޔޮނިޔަތް (utmost good faith) އޮންނާންޖެހެނީ ހަމައެކަނި އެއްބަސްވުން ވުޖޫދުވާއިރަކު ނޫނެވެ. އެކަން މުޅި އެއްބަސްވުމުގެ މުއްދަތުގެ ތެރޭގައިވެސް ދަމަހައްޓާންޖެހޭނެއެވެ.

46ވީމާ، އިސްތިއުނާފީ ދެވަނަ ނުކުތާގައި ވާހަކަ ދެކެވުނު ދެވަނަ މއ ޟޫޢުގައު އިސްތިއުނާފުކުރި ޓޕޮ ޓުއާރސްގެ ފަރާތުން ބަޔާންކުރާ މި މައްސަލައިގައި ވާހަކަ ދެކެވޭ އިންޝުއަރެންސް ޕޮލިސީގައިވާ އުޅަނދު އިނޝް އަރާ ކުރުމަށްޓަކައި ޓުޕ ޓުއާރސް އިން ފުރި ޕްރޮޕޯޒަލް ފޯމުގެ 5 ވަނަ ނަންބަރުގައި "ޔެސް" ނުވަތަ "ނ" ގެ ގޮޅިންކުރެ އެއްވެސް ގޮޅިއެއްގައި ފާހަގައެއް ނުޖެހި ހުސްކޮށް އެވަނީ މި ޕްރޮޕޯސަލް ފޯމު ފުރި ވަގުތު އެއްވެސް ތަނެއްގައި އެ އުޅަނދު އިނޝް އަރާ ކޮށްފައި ނުވާތީ އެއީ މެޓީރިއަލް ފެކްޓެއްކަމަށު ޓޮޕް ޓުއާރސްއަށް ފާހަގަވެފައި ނުވާތީކަމަށް ބުނާ ބުނުމަކީ ޝަރީޢަ ތަށް ބަލައިގަނެވޭ ބުނުމެއް ނޫނެވެ. ސަބަބަކީ، އެސުވާލަކީ އެ އުޅަނދު އެހެން ތަނެއްގައި އިންޝުއަރ ކޮށްފައިވޭތޯ ސާފުކުރުމަށް ކޮށްފައިވާ ސުވާލެއް ނޫނެވެ. އެސުވާލަކީ އުޅަނދު ނުވަތަ އިނޝް އަރެންސު އަށް އެދް ފަރާތުގެ މަސްލަޙަތު ހިމެނޭ އެހެން އުޅަނދެއްވިޔަސް މީގެ ކުރިން އިނޝް އަރެންސް ކުލެއިމްކޮށ ފައިސް ނެގިތޯ ބެލުމަށް ކޮށްފައިވާ ސުވާލެކެވެ. އިންޝުއަރ ކުރި އުޅަނދަށް މީގެ ކުރިން ޓޮޕް ޓުއާރސްގެ ފަރާތުން -/000،000،3ރ (ތިނެއ މިލިޔަން ރުފިޔާ) ގެ އިނޝް އަރެންސު ކްލެއިމްއެއް ސޮލަރެލް އިނޝް އަރަންސު އާ ދެމެދު ހިނގާފައި އޮތްކަން ސޮލަރެލް އިނޝްއަރރަންސްގެ ނަންބަރު SOLARELLE/HQ/CLAIMS/2018/111 (3 ޖުލައި 2018) ސިޓީއާއި އެސިޓީއާއި ގުޅިގެން އިތުރަށް ބެލި ބެލުމުން ސާފުވެފައިވެއެވެ.

47ވީމާ، އިސްތިއުނާފީ ދެވަނަ ނުކުތާއާއި ގުޅިގެން، ދަށު ކޯޓުގެ ނިންމުމަށް އެއްވެސް ބަދަލެއް ގެންނާނޖެހް ޤާނޫނީ އަދި ޝަރުޢީ ގޯހެއް ދަށު ކޯޓުން ހަދާފައި އޮތްކަމަށް ނުފެނެއެވެ. އިސްތިއުނާފީ ތިންވަނަ ނުކުތާ:

48އިސްތިއުނާފީ ތިންވަނަ ނުކުތާގައިވެސް އަދި އިސްތިއުނާފީ ދެވަނަ ނުކުތާގެ ދެވަނަ ބައިގައިވެސް، ޓޮޕް ޓުއާރސްގެ ފަރާތުން ވާހަކަ ދައްކާ އެއް އުސްލޫބަކީ، "އެފޯމުގައި އެވަގުތަކު އެނގިހުރި މިންވަރަކުން ފުރެންހުރި ބައިތައް ފުރާފައި ހުށަހެޅުމުން..." މިއުސްލޫބެވެ. ކުރިން ބަޔާން ކުރެވުނު ކަންކަމުގެ އަލީގައި ބަލާއިރު، މިއީ ފާޅުކަން ބޮޑު ގޮތެއްގައި ފެންނާން ހުރި ޙަޤީޤަތާއި ދިމާ އިދިކޮޅަށް ޝަރީޢަތުގެ މަޖިލީހުގައި ބޔާންކުރަ ކުރުމކެވެ. އެހެނީ، އިސްވެ ޙަވާލާދެވުނު، ސޮލަރެލް އިނޝްއަރރަންސްގެ ނަންބަރު SOLARELLE/HQ/CLAIMS/2018/111 (3 ޖުލައި 2018) ސިޓނ ޓޮޕް ޓުއާރސްގެ ފަރާތުނީ އުޅަނދަކާއ ގުޅި ގޮތުން އިނޝް އަރެންސު ކްލެއިމްއެއ ކޮށްފައިވާކަން ސާފުކޮށް އެނގެއެވެ. އަދި ބަޔާންވެދިޔަ ސިޓީގައި އިނޝް އަރެންސް ކްލެއިމް ކުރީ ކޮން އުޅަނދެއްގެ މައްޗަށްކަން ސާފުވާން ނެތުމުން، އެ އިނޝް އަރެންސް ކުލެއިމ ކުރެވުން އުޅަނދަކީ މިހާރުވެސް އިނޝް އަރެންސް ކުލެއުމް ކުރާ އުޅަނދުކަން ސާފުވެގެން ގޮސްފައިވާކަން އެނގެއެވެ. މި ޙަޤީޤަތްތަކަކީ، ކުއް ލިއަކަށ މާފަހުން ވުޖޫދުވި ޙަޤީޤަތްތަކެއް ނޫނެވެ. މިއީ ޓޮޕް ޓުއާރސްގެ ފަރާތުން އިނޝް އަރެންސު ޕްރޮޕސޯލ ފޯމް ފުރިހަމަ ކުރުމުގެ ކުރިން ވާޤިޢުވެފައިވާ ޙަޤީޤަތްތަކެވެ. ވީމާ، "އެފޯމުގައި އެވަގުތަކު އެނގިހުރި މިންވަރަކުން ފުރެންހުރި ބައިތައް ފުރާފައި ހުށަހެޅު މުން..." ކަމަށް ބަޔާންކުރާ ކުރުމަކީ ކަނޑައެޅިގެން ޙަޤީޤަތް އެނގިތިބެމެ، ޝަރީޢަތުގެ މަޖިލީހަށް ޞައްޙަ ނޫން މަޢުލޫމާތު ދިނުމަށް ކުރާކަމެއްކަމަށ ނޫން އަހުރެންނަކަށް ފާހަގައެއް ނުވިއެއެވެ.

49އިސްތިއުނާފީ ތިންވަނަ ނުކުތާގައި ޓޮޕް ޓުއާރސްގެ ފަރާތުން މައިގަނޑު ގޮތެއްގައި ދައްކާފައިވާ ވާހަކައަކީ، އިނޝް އަރެންސް ޕްރޮޕު ސޯލ އެފަރާތުން ހުށަހެޅް ގޮތަށި ދިވެހި އިނޝް އަރެންސްއިން ޤަބޫލުކޮށްފައިވާތީ، ކޮންޓްރެކްޓްއާބެހޭ ޤާނޫނުގެ ދަށުން، މިކޮންޓްރެކްޓަކީ ބަދެވިގެންދާނެ ކޮންޓްރެކްޓެއް ކަމަށެވެ. އެހެންކަމުން މިކޮންޓްރެކްޓާ އއްގޮތަށެ ޢަމަލް ކުރުމަކީ ދިވެހި އިނެ ޝްއަރެންސްއަށް ބަރީޢަވެވެނ ނެތްކަމެއް ކަމަށެވެ.

50HN6ފުރަތަމަ ނުކުތާގައި އަހަރެން ބަޔާންކޮށްފައިވާ ގޮތަށް، ކޮންޓްރެކްޓް ވުޖޫދު ވެފައިވާ ކަމާމެދު ބަހުޘެއް އޮތްކަމަކަށް ނުފެނެއެވެ. ނަމަވެސް އިނޝް އަރެންސް ކޮންޓްރެކްޓްތަކާއު ޢާންމު އެހެން ކޮންޓްރެކްޓްތަކާއި ތަފާތުވާ މައިގަނޑު ކަމަކީ، އިންޝުއަރެންސް ކޮންޓްރެކްޓްގައި ރިސްކު ޓްރާނސް ފަރް ކުރުމަށް އެއްބަސްވަނީ، އެ އިނޝް އަރެންސު ޕޮލިސީއަކާއ ގުޅިގެނި ކުރިމަތިވާނެ ރިސްކުތައް ދެނެގަނެ އެކަމުގެ މައްޗަށް ކަނޑައަޅަންޖެހޭ ޕްރިމިއަމް ކަނޑައެޅުމަށްޓަކައ އެންމި މަތީ ދަރަޖައިގެ ހެޔޮ ނިޔަތުގައި މަޢުލޫމާތު ދެވޭނެ ފަރާތަކީ އިނޝްއަރެންސްއަށ އެދް ހުށަހަޅި ފަރާތަށް ކަމަށްވާތީ، އެފަރާތުން ހާމަކޮށްދޭ ޙަޤީޤަތްތަކުގެ މައްޗަށެވެ. ވީމާ، އިނޝް އަރެންސ ޕޮލިސީއެއް އެކަށައަޅައި ދޫކުރާއިރު، އިނު ޝް އަރެންސު ދޫކުރާ ފަރާތަށް ޕްރިމިއަމް ކަނޑައެޅުމަށް ނުވަތަ އެރިސްކާއި ޙާވާލުވާނެތޯ ނިންމުމަށް އަސަރުކުރާވަރުގެ ޖައުހަރީ ޙަޤީޤަތެއް ހާމަނުކޮށް އޮތްކަން ފާޅުވާ ހިސާބުން، އެކޮންޓްރެކްޓުގެ ދަށުން ދޫކުރި އިނޝްއަރެންސ ޕޮލިސް ބާޠިލު ކުރުމަކީ އިނޝް އަރެންސ ޕޮލިސް ދޫކުރު ފަރާތަށް ކުރެވޭނެ ކަމެކެވެ.

51ވީމާ، އިސްތިއުނާފީ ތިންވަނަ ނުކުތާއާއި ގުޅިގެންވެސް ދަށު ކޯޓުގެ ޙުކުމަށް ބަދަލު ގެންނަންޖެހޭ ޤާނޫނީ އަދި ޝަރުޢީ ހަމައެއް ނެތެވެ.

ނިންމުން

52ބަޔާންވެދިޔަ ސަބަބުތައް އެހެން ހުރުމުން، ސިވިލް ކޯޓުގެ ނަންބަރު:21C/20-Cv/3350 ޤަޟިއްޔާ ހުކުމަށް ބަދަލެއް ގެންނަންޖެހޭ ކަމަކަށް އަހުރެންނަށް ބުރައެއް ނުވެވެއެވެ.

ފަނޑިޔާރު މުހައްމަދު ޝަނީޒް ޢަބްދުﷲ ގެ ރައުޔު

53މިމައްސަލައިގއަ ފަނޑިޔާރި މުޙައްމަދު ނިޔާޒްގެ ރައުޔަށް އަހުރެން ތާޢީދު ކުރަމެވެ.

ފަނޑިޔާރު ޢަބްދުލްމާނިޢު ޙުސައިނގް ރައުޔު

54މިމައްސަލައިގއަ ފަނޑިޔާރި މުޙައްމަދު ނިޔާޒްގެ ރައުޔަށް އަހުރެން ތާޢީދު ކުރަމެވެ.

އިސްތިއުނާފުކުރުމުގެ އިޖުރާއަތު ބަޔާންކޮށްދިނުން

55މި ޤަޟިއްޔާގައި ދިވެހިރާއްޖޭގެ ހައިކޯޓުން ޙުކުމް ކުރުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ އިސްތިއުނާފުކުރުމށަ ހުށަހެޅުމުގެ ޙައްޤު މައްސަލައިގެ ޚަސްމުންނަށް ލިބިގެންވެއެވެ. އެގޮތުން އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ މުއްދަތަކީ ދިވެހިރާއްޖޭގެ ހައިކޯޓުން މި ޤަޟިއްޔާގައި ޙުކުމް ކުރާ ތާރީޚުން ފެށިގެން 30 (ތިރީސް) ދުވަހެވެ. އަދި އެ މުއްދަތުގެ ތެރޭގައި ޝަރީޢަތްނިމުނުގޮތުގެ ރިޕޯޓު ޚަސްމުންނަށް ޙަވާލުކޮށްފައިނުވާނަމަ، އިސްތިއުނާފުކުރުމުގެ މުއްދަތު ގުނަން ފަށާނެ ތާރީޚަކީ ޝަރީޢަތްނިމުނުގޮތުގެ ރިޕޯޓު ޚަސްމުންނ ޙަވާލުކުރާ ތާރީޚެވެ. އެހެންނަމަވެސް ޝަރީޢަތް ނިމުނުގޮތުގެ ޚުލާސާ އަށް ބިނާކޮށްވެސް އިސްތިއުނާފަށް ހުށަހެޅިދާނެއެވެ. . ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ހ) . ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ށ) . ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ނ)

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

ޝަރީޢަތުގެ ވީޑިއޯ

ހައިކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޝެއަރ ކުރައްވާ