ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
2020/HC-A/158

އެލައިޑް އިންޝުއަރެންސް ކޮމްޕެނީ އޮފް ދަ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވ. ޔޮޓް ޓުއަރސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް

ދަށުކޯޓުގެ ނިންމުން ބާޠިލު
3 ޙުކުމެއްގައި ޙަވާލާދީފައިޙުކުމުގެ ހާލަތު
ހައިކޯޓު · 11 އޭޕްރީލް 2022ދަށު ކޯޓު: ސިވިލް ކޯޓު 2157/Cv-C/2019ބާވަތް: މަދަނީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
ސިވިލް ކޯޓު 2157/Cv-C/2019
ފަހުގެ ތާރީޚު
ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް

ކޯ ޓާމްސް

ޚުލާޞާ

ކޯޓުން ނިންމަން ޖެހުނު ސުވާލު
ފަޔަރ އިންޝުއަރެންސް ޕޮލިސީއެއްގެ ދަށުން، މޫސުން ގޯސްވެ ރާޅު/އުދަ އެރުމުން ރިސޯޓަށް ލިބުނު ކަމަށް ބުނާ ގެއްލުމަކީ ޕޮލިސީން ކަވަރުކުރާ ޕެރިލްއަކުން ލިބުނު ގެއްލުމެއްކަން ސާބިތުވޭތޯއާއި، ސާބިތުކުރުމުގެ ބުރަ އޮންނަ ގޮތާއި، ގެއްލުމުގެ މިންވަރު ވަޒަންކުރަންވީ ގޮތް؛ އަދި ދަޢުވާ ފޯމުގައި ޕޮލިސީގެ ނަން ގޯސްކޮށް އޮތުމާ ގުޅޭ އިޖުރާއީ ނުކުތާ.

ނިންމުން

ދަށުކޯޓުގެ ނިންމުން ބާޠިލު

ދަށުކޯޓުގެ ޙުކުމް ބާޠިލު

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

މަދަނީ › އިންޝުއަރެންސާ ބެހޭ

HN1 އިންޝުއަރެންސް ޕޮލިސީއަކީ އިންޝުއަރެންސް އެއްބަސްވުމެއް އޮތްކަމަށް ދަލާލާތްކުރާ އެއްޗެއް ނަމަވެސް، ހަމައެކަނި ޕޮލިސީއެއް އޮތުމަކުން އެއްބަސްވުމެއް އޮތްކަން ހާމައެއް ނުވެއެވެ. އިންޝުއަރެންސް އެއްބަސްވުމެއްގެ އަސާސީ އުންޞުރުތަކަކީ: އިންޝުއަރކުރެވުނު ޕެރިލް، އިންޝުއަރކުރެވުނު އެއްޗެއް/މީހާ، އިންޝުއަރެންސްގެ މުއްދަތު، އިންޝުއަރެންސްގެ މިންވަރު އަދި ޕްރިމިއަމްގެ މިންވަރެވެ.

HN2 ދަޢުވާ ބިނާކުރާ ޕޮލިސީ ކޮބައިކަން ދަޢުވާލިބޭ ފަރާތަށް އޮޅުމެއްނެތި އެނގިހުރިކަން ކްލެއިމް ފޯމާއި އެ ފަރާތުގެ ޖަވާބުތަކާއި ކުރީގެ ޝަރީޢަތްތަކުން އެނގޭނަމަ، ދަޢުވާ ފޯމުގައި ޕޮލިސީގެ ނަން ގޯސްކޮށް އޮތުމަކީ ދަޢުވާ ކުރިއަށް ނުގެންދެވޭނެ ސަބަބެއް ނޫނެވެ. އިޖުރާއީ ނުކުތާތައް ނަގަންވާނީ ފުރަތަމަ ފުރުޞަތުގައި އެއްކޮށެވެ؛ ކޮންމެ އިޖުރާއީ ނުކުތާއެއް ވަކިވަކިން ނަގައި ކޮންމެ ފަހަރަކު ތިން މަރުޙަލާ ކަޑައްތުކުރުމަކީ ޚުޞޫމާތަށް ނިމުން ގެނެވޭނެ ގޮތެއް ނޫނެވެ.

HN3 ދަޢުވާ އިޞްލާޙުކުރުމަކީ ކޯޓުގެ އިޛުނާއެކު ދަޢުވާ ހުށަހެޅި ފަރާތުން އުފުލަންޖެހޭ ޒިންމާއެކެވެ؛ އެއީ ދަޢުވާ ރައްދުވާ ފަރާތަށް ނުވަތަ ފަނޑިޔާރަށް ނިސްބަތްކުރެވޭނެ ޒިންމާއެއް ނޫނެވެ.

މަދަނީ › އިންޝުއަރެންސާ ބެހޭ

HN4 އިންޝުއަރެންސް ޕޮލިސީއެއް ތަރުޖަމާކުރުމުގައި ކޯޓުގެ އަމާޒަކީ ފަރާތްތަކުގެ އަޞްލު ނިޔަތަށް ބާރުދިނުމެވެ؛ ޕޮލިސީއަކީ އެއްބަސްވުމެއް ކަމަށްވާތީ ބަސްމަގު ސާފުނަމަ ކޯޓުން ކުރަނީ އެ ބަސްމަގަށް ބާރުދިނުމެވެ. ކޮންޓްރާ ޕްރޮފެރެންޓަމް ފަދަ ތަރުޖަމާކުރުމުގެ އުޞޫލުތައް ބޭނުންކުރެވޭނީ ކުރިން އޮތް އޮޅުމެއް ފިލުވުމަށް ކަމަށްވާތީ، އޮޅުމެއް ނެތް ބަސްމަގަކަށް އެ އުޞޫލުން މާނައެއް ނުދެވޭނެއެވެ. ކަވަރު ފުޅާކުރާ އެންޑޯސްމަންޓެއް (P07) ކިޔަންވާނީ، އެއިން ބަދަލުކުރާ ޕޮލިސީގެ ޝަރުޠާ (ކޮންޑިޝަން 6) އެކުގައެވެ.

HN5 ގެއްލުމަކީ ޕޮލިސީން ކަވަރުކުރާ ގެއްލުމެއްތޯ ސާބިތުކުރުމުގެ ބުރަ އިންޝުއަރަރއާއި އިންޝުއާރޑްއާ ދެމެދު ބެހިގެންދެއެވެ: އިންޝުއަރކުރެވުނު މުދަލަށް ގެއްލުން ލިބުނީ އިންޝުއަރކުރެވުނު ޕެރިލްއަކުންކަން މަދަނީ މިންގަނޑަށް ފުރަތަމަ ސާބިތުކުރަންޖެހެނީ އިންޝުއާރޑްއެވެ؛ އެއަށްފަހު، ގެއްލުމަކީ ޕޮލިސީގެ އިސްތިސްނާއެއް/އެކްސްކްލޫޝަނެއްގެ ތެރެއަށް ވަންނަ ކަމެއްކަން މަދަނީ މިންގަނޑަށް ސާބިތުކުރަންޖެހެނީ އިންޝުއަރަރއެވެ. އިންޝުއަރަރގެ ދިފާޢު ހުށަހަޅަންޖެހެނީ އިންޝުއާރޑް އެ ވާޤިޢާތައް ސާބިތުކުރުމަށްފަހުގައެވެ. ރާޅު ނުވަތަ އުދަ އެރުމުން ގެއްލުން ލިބުނުކަމަށް ބުނުމުން ނުފުދޭނެއެވެ؛ ޕޮލިސީގައިވާ ޕެރިލްއަކާ ގުޅިގެން އުފެދުނު ފްލަޑް/ޓައިޑަލް ވޭވްއެއްކަން ސާބިތުކުރަންޖެހޭނެއެވެ.

މަދަނީ › އިންޝުއަރެންސާ ބެހޭ

HN6 އިންޝުއަރެންސް ޕޮލިސީއެއް ދެމިއޮތް ހިނދަކު ފަރާތްތަކުން އެންމެ މަތީ ދަރަޖައިގެ ހެޔޮނިޔަތް (uberrimae fidei / utmost good faith) އާ އެއްގޮތަށް ޢަމަލުކުރަންޖެހޭނެއެވެ. ގެއްލުމެއް ލިބުމުން ޕޮލިސީގައިވާ ގޮތުން ވަގުތުން (forthwith) އިންޝުއަރަރއަށް އެންގުމަކީ، ގެއްލުމުގެ ސަބަބު ދެނެގަތުމަށް މުހިންމު ކަމެކެވެ.

HN7 އިންޝުއަރެންސް ކްލެއިމަކާ ގުޅިގެން ގެއްލުން ހިސާބުކުރުމަކީ ހަމައެކަނި އިންވޮއިސް/އެސްޓިމޭޓުން ނިންމޭ ކަމެއް ނޫނެވެ؛ ހެކިތަކާއި ޕޮލިސީގެ ޝަރުޠުތަކާއި ގެއްލުމުގެ ކުރިންނާއި ފަހުން އިންޝުއާރޑް ޢަމަލުކުރި ގޮތަށް ރިޢާޔަތްކޮށް، ގެއްލުމުގެ ސަބަބާއި އެއީ ޕޮލިސީގެ ޕެރިލްއެއްތޯ، އަދި ސަބަބު ގިނަނަމަ އެފެކްޓިވް/ޑޮމިނަންޓް ކޯޒް ބަޔާންކުރުމަށްފަހު މަރާމާތުގެ ޚަރަދު ކަނޑައަޅަންޖެހޭނެއެވެ. ޕްރޮކްސިމޭޓް/އެފެކްޓިވް ކޯޒަށް ބަލަންޖެހެނީ ގެއްލުމުގެ ސަބަބުތަކުގެ ތެރެއިން އެއްވެސް ސަބަބަކީ ޕޮލިސީގައިވާ ޕެރިލްއެއްކަން ސާބިތުވުމުންނެވެ؛ އަދި ޕްރޮކްސިމޭޓް ކޯޒަކީ ޕެރިލްއެއް ނޫން ކަމަށް އިންޝުއަރަރ ބުނުމަކީ ޕެރިލްއެއް އޮތްކަމަށް ވާ އިޢުތިރާފެއް ނޫނެވެ.

HN8 އިންޝުއަރެންސްގެ އަސާސީ އުޞޫލަކީ ބަދަލު ދިނުމުގެ ހަމަ (principle of indemnity) އެވެ: ބަދަލު ދެވޭނީ ކަވަރުކުރާ ޕެރިލްއަކުން ލިބުނު ހަޤީޤީ ގެއްލުމާ އެއްވަރަށެވެ، އިތުރަށްވެސް މަދަށްވެސް ނޫނެވެ. ޕޮލިސީއެއް އޮތުމާއި ގެއްލުމެއް ލިބުމަކުން ބަދަލު ލިބޭކަށް ނުޖެހެއެވެ. ގެއްލުމުގެ މިންވަރާމެދު ބަހުޘްކުރެވޭނީ ޒިންމާ ސާބިތުވުމަށްފަހުގައެވެ؛ ޕޮލިސީން ކަވަރުނުކުރާ ކޮންސިކުއެންޝަލް ލޮސް ހިމެނޭ އަލުން ބިނާކުރުމުގެ އަންދާސީ ހިސާބެއް ގެއްލުމުގެ މިންވަރަށް ބެލުމަކީ ރަނގަޅު ނިންމުމެއް ނޫނެވެ.

HN9 މައްސަލަ ބެލި ފަނޑިޔާރުގެ ޒާތަށް ނިސްބަތްކޮށް ފަނޑިޔާރުންގެ ޤާނޫނާ ޚިލާފުވިކަމަށް ބުނުމަކީ އޭގެ ޒާތުގައި އިސްތިއުނާފީ ނުކުތާއެއް ނޫނެވެ. އަދި ސުޕްރީމް ކޯޓުގެ ޙުކުމެއް މުރާޖަޢާކުރުމަށް ހުށަހެޅުމަކީ، ސުޕްރީމް ކޯޓުން އަމުރުނުކުރާހާ ހިނދަކު، ދަށުކޯޓުގައި ހިނގަމުންދާ މައްސަލަ މަޑުޖައްސާލަންޖެހޭ ސަބަބެއް ނޫނެވެ.

ވަކީލުންނާއި ފަނޑިޔާރުން

ވަކީލުން
—
ބެންޗު
ފަނޑިޔާރު މުޙައްމަދު ނިޔާޒް، ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާ، ފަނޑިޔާރު ޙުސައިން ޝަހީދު
ރިޔާސަތު
—
ރައުޔު ލިޔުނު ފަނޑިޔާރު
ފަނޑިޔާރު މުޙައްމަދު ނިޔާޒް · ތާއީދުކުރެއްވީ: ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާ، ފަނޑިޔާރު ޙުސައިން ޝަހީދު
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

ފަނޑިޔާރު މުޙައްމަދު ނިޔާޒްގެ ރައުޔު؛ (މިރައުޔަށް ފނޑިޔާރަ ޝުޢައިބު ޙުސައިން ޒަކަރިއްޔާ އާއި ފަނޑިޔާރު

ޙުސައިން ޝަހީދު ތާއީދު ކުރެއެވެ. )

ތަޢާރުފު

1މި އީ، ސިވިލް ކޯޓުގެ ނަންބަރު C/2019-Cv/2157 ޤަޟިއްޔާ އެކޯޓުން ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށްބުނެ، އެޤަޟިއްޔާ އިސްތިއުނާފުކުރުމަށް އެލައިޑް އިންޝުއަރެންސް ކޮމްޕެނީ އޮފް ދަ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް (މީގެ ފަހުން "އެލައިޑް" ނޫނީ "އިސްތިއުނާފ ކުރާ ފަރާތް" ) ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ. މިޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ޔޮޓް ޓުއަރސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް (މީގެ ފަހުން "ޔޮޓް ޓުއަރސް" ނޫނީ "އިސްތިއުނާފު ރައްދުވާ ފަރާތް") އެވެ.

މައްސަލައިގެ ކަންހިނގާފައިވާ ގޮތް

ނަންބަރު 617/2014/101 ފަޔަރ އިންޝުއަރެންސް "އެގްރީމެންޓް"

2ޔޮޓް ޓުއަރސްގެ ފަރާތުން ހިންގާ އަލިދޫ ރިސޯޓް، އެލައިޑްގެ އިންޝުއަރެންސް އާއެކު ވެފައިވާ އެގްރީމެންޓެއްގެ ދަށުން އިންޝުއަރ ކޮށްފައިވެއެވެ. ހުށަހެޅިފައިވާ ލިޔުންތަކުން ފެންނަ ގޮތުން، އަލިދޫ ރިސޯޓުގެ ފަރާތުން ތަފާތު އިންޝުއަރެންސް އެގްރީމެންޓް ތކެއަ ވެފައިވާކަން އެނގެއެވެ. މީގެ ތެރޭގައި، ނަންބަރު: 1000/60/602/2010/4693 (2010-12-12) "ޕަބްލިކް ލައިބިލޓި އިންޝުއަރެންސް ރަޖިސްޓްރޭޝަން ނަންބަރު :43/84-C. ރަޖިސްޓްރޭޝަން ނަންބަރު : 135/1995-C. ޕޮލިސީ " އަކާއި، ނަންބަރު:602/2014/48 (25.08.2014) "ޕަ ބްލިކް ލައިބިލިޓީ އިންޝުއަރެންސް ޕޮލިސީ" އަކާއި، ނަންބަރު: 101/2014/617 (2014-08-25) "ފަޔަރ އިންޝުއަރ ޕޮލިސީ" އެއް ހިމެނެއެވެ.

32014 އޯގަސްޓް 30 އިން ފެށިގެން 2014 ސެޕްޓެންބަރު 15 އަށް މޫސުމ ވަރަށް ބޮޑަށް ގޯސްވެ، ކުރިމަތިވި ގުދުރަތީ ޙާދިޘާއެއްގައި އަލިދޫ ރިސޯޓަށް ގެއްލުން ތ ކެއް ލިބިފައިވާކަމަށް ޔޮޓް ޓުއަރސް އިން ބުނެއެވެ. އަދި 837.59،784،22$USD (ބާވީސް މިލިއަން ހަތްލައްކަ ސައުރަޔާހިހާސް އަށްސަތޭކަ ސަތުތިރީސް އެމެރިކާ ޑޮލަރު، ނަވަވަންނަ ސެންޓް) ގެ ގެއްލުން ވެފައިވާކަމަށް ބުނެއެވެ.

4އެލައިޑް އާއި ޔޮޓް ޓުއަރސް އާ ދެމެދު ވެފައިވާ އިންޝުއަރެންސް އެގްރީމެންޓުގެ ދަށުން، އަލިދޫ ރިސޯޓަށް ލިބުނު ގެއްލމު ގ ބަދަލު ލިބިދޭންޖެހޭކަމަށް ދެކިގެން ޔޮޓް ޓުއަރސްއިން އެލައިޑްއަށް "ކްލައިމް" އެއް ހުށަހެޅިއެވެ. ޔޮޓް ޓުއަރސް އިން ހުށަހެޅި ކްލައިމް އެލައިޑްގެ ފަރާތުން ބަލައިނުގަނެ ރައްދު ކޮށްފައި ވެއެވެ.

5ޔޮޓް ޓުއަރސްގެ ފަރތުނ ހުށަހެޅް ބަޔާންވެދިޔަ ކްލާ އިމް އެލައިޑްގެ ފަރާތުނެ ރައްދު ކުރު މާއިގުޅިގެން، ޔޮޓް ޓުއަރސް އާއަ އެލައިޑްއާ ދެމެދު ވާހަކަ ދައްކައިގެން މައްސަލަ ޙައްލު ކުރުމަށް ކުރެވުނު މުސައްކަތްވެސް ކާމިޔާބުވެފައި ނުވާތީ، ޔޮޓް ޓުއަރސްގެ ފަރާތުން މިމައްސަލަ ސިވިލް ކޯޓަށް ހުށަހެޅިއެވެ. ޔޮޓް ޓުއރސައިން 20 އޮކްޓބަރޯ 2014 ގައި އެލަ އިޑ އަށް ހުށަހެޅް "ޕްރޮޕަޓީ ކްލެއިމް ފޯމް" (ސިވިލ ކޯޓުގް ނަންބަރު: C/2015-Cv/1794 ޤަޟިއްޔާއާއި ގުޅިގެން ޔޮޓް ޓުއރސައިނ ހުށަހެޅް ޑޮކިއުމެންޓް އެނެކްސް 2) ސިވިލް ކޯޓުގެ ނަންބަރު:C/2015-Cv/1794 ޤަޟިއްޔާ:

6ޔޮޓް ޓުއަރސްގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ އެކޯޓުން ބަލާފައިވަނީ މަތީގައި ބަޔާންކުރެވުނު ޤަޟިއްޔާއިންނެވެ. އެޤަޟިއްޔާގައި ޔޮޓް ޓުއަރ ސ އިން ހުށަހެޅް މައްސަލައި ގުޅިގެން އެލައިޑްއިން ނެގި އިޖުރާއީ ނުކުތާއަކީ، ދެފަރާތުގެ ދެމެދުގައި ވެފައިވާ އިންޝުއަރެންސާ އެއްބަސްވުން (ޕޮލިސީ) ގެ 19 ވަނަ މާއްދާގެ ދަށުން ޔޮޓް ޓުއރސައިނ ހުށަހެޅް މައްސަލައަކީ، މައްސަލަ ހުށަހެޅުމުގެ ވަގުތު ބަންދުވެފައިވާ މައްސަލައެއް ކަމަށްވާތީ، އެމައްސަލަ އިތުރަށް ކުރިއަށް ނުގެންދެވޭނެ ކަމަށެވެ. އެލައިޑްއިން ނެގި މިނުކުތާ ދަށުކޯޓުން ބަލައިގަނެ، މައްސަލަ ނިންމާފައިވަނީ؛ "ދެންފަހެ، އިސްވެ ފާހަގަ ކުރެވުނު ނުކުތާތަކަށާއި، މިމައްސަލައިގައި ހުށަހެޅިފައިވާ އެހެނިހެން ލިޔުންތަކުންގި މައްޗަށް ޝަރީޢަތުން ރިޢާޔަތްކޮށް ބެލިއިރުގައި، ޔޮޓް ޓުއަރސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ރިސޯޓެއްކަމުގައިވާ ހއ. އަލިދޫ ރިސޯޓުގައި 30 އޮގަސްޓް 2014 އިން 15 ސެޕްޓެމްބަރ 2014 އާދެމެ ދުގައި ހިނގިކަމަށް ބުނެފައިވާ މިޙާ ދިޘާއ ގުޅިގެނާ އެލައިޑް އިންޝުއަރެންސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ގެއްލުމަށި ޒިންމާކުރުވުމުގެ މުއްދަތު ފާއިތުވެފައިވާތީ، ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއިންޝުއަރެންސް އެއްބަސްވުމުގެ 19 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، މިމައްސަލަ މިކޯޓުގައި އިތުރަށް ބަލައި ކުރިއަށް ގެންދާނެ ތަނެތް ނެތްކަމަށް ކަނޑައަޅައި، ޙުކުމް ކޮށްފީމެވެ." މިފަދައިންނެވެ.

7ސިވިލް ކޯޓުގެ މި ނިންމުމާމެދު ޔޮޓް ޓުއރސައިން ހިތްހަމަ ނުޖެހިގެން މިކޯޓުގައި އެމައްސަލަ އިސްތިއުނާފުކުރިއެވެ. އެ މައްސަލަ މި ކޯޓުން ބެލީ، ނަންބަރު:2016/HC-A/229 ޤަޟިއްޔާއި ންނެވެ. “19. In no case whatever shall the Company be liable for any loss or damage after the expiration of twelve months from the happening of the loss of damage unless the claim is the subject of pending action or arbitration.” ހައިކޯޓުގެ ނަންބަރު:A/229-HC/2016 ޤަޟިއްޔާ:

8މިދެންނެވި ހައިކޯޓުގެ ޤަޟިއްޔާގައި ޔޮޓް ޓުއަރސް އިން ފާހަގަކުރި މައިގަނޑު ނުކުތާއަކީ، ޔޮޓް ޓުއަރސް އާއި އެލައިޑް އާ ދެމެދު ވެފައިވާ އިންޝުއަރެންސް އެއްބަސްވުމުގެ 19 ވަނަ މާއްދާ މާނަކޮށްފައވަނި އެމާއްދާގެ ރޫޙާއި ޚިލާފަށކަމަށާއް އެމާއްދާގައި އޮންނަ pending action އެއް އޮއްވާ އެކަމަށް ރިޢާޔަތްނުކޮށް އޮތްކަމަށެވެ. ދެފަރާތުން ދެއްކި ވާހަކަތަކއ ހުށަހެޅި ލިޔުންތަކަށް ބުރަވާއިރު، އެލައިޑްއިނާ ކުރި ސާރވޭ އާއި ގުޅިގެން ސާރވޭ ކުރި ފަރާތްތަކުން ތައްޔާރު ކުރް ރިޕޯޓު ދޫކޮށްދިނުމަށ ޔޮޓް ޓުއަރސއިން އެދިފައިވާއިރު، އެކަމަށް ޖަވާބެއް ނުދީ އޮތް އޮތުމުގެ މައްޗަށް ބުރަވާއިރު، ހައިކޯޓުގައި މައްސަލަ ބެލި ފަނޑިޔާރުންނަށް ބުރެވވުނީ، 19 ވަނަ މާއްދާގައި ބަޔާނކުރް ފަދަ pending action އެއް އޮތް ކަމަށެވެ. ވީމާ މައްސަލަ ހުށެހެޅުމުގެ މުއްދަތު ޔޮޓް ޓުއަ ރސްއަށް ބަންދުވެފައި ނުވާކަމަށެވެ. އެމައްސަލައިގެ ޙުކުމުގައި ބަޔާންކޮށްފައިވަނީ؛ " ދެންފަހެ، އިސްވެ ބަޔާންކުރެވިދިޔަ ސަބަބުތައް އެފަދައިން ހުރުމުން، އިސްތިއުނާފު ކުރެވިފައިމިވާ ސިވިލް ކޯޓުގެ ނަންބަރު C/2015-Cv/1794 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމް ބާޠިލުކޮށް، އެޤަޟިއްޔާގައި ހުށަހެޅިފައިވާ ދަޢުވގާ މައުޟޫއާމެދު ފައިސަލާކުރަނިވި ޙުކުމެއް ކުރެއްވުމަށްޓަކައ ޤާނޫނި ނަންބަރު:2010/22 (ދިވެހިރާއްޖޭގ ކޯޓުތަކުގެ ޤާނޫނު) ގެ 46 ވަނަ މާއްދާގެ (ށ) ގެ ދަށުން މިމައްސަލަ ސިވިލް ކޓަށޯ ތަޙުވީލުކުރުމަށް މިމައްސަލަ މިކޯޓުގައި ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި ޙުކުމް ކޮށްފީމެވެ."

9ހައިކޯޓުގެ މިނިންމުމާއިމެދު އެލައިޑއްން ހިތްހަމައެއް ނުޖެހުނެވެ. އެހެންވެ، އެލައިޑްގެ ފަރާތުން ހައިކޯޓުގެ މިދެންނެވި ޤަޟިއްޔާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރިއެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އެމައްސަލަ ބަލާފައިވަނީ ނަންބަރު: A/01-SC/2017 ޤަޟިއްޔާއިންނެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު:A/01-SC/2017 ޤަޟިއްޔާ:

10އެލައިޑްގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ތިން ނުކުތާއެއްގެ މައްޗަށް ވާހަކަ ދައްކާފައިވެއެވެ. މައިގަނޑު ނުކުތާއަކީ، ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގެ 19 ވަނަ މާއްދާގެ ރޫޙާ ޚިލާފަށް ހައިކޯޓުން މައްސަލަ ނިންމާފައި އޮތުމާއި، އެލައިޑއިން ތައްޔާރު ކ ރ ސަރވެޔަރ ރިޕޯޓް ޔޮޓް ޓުއރސަ އަށް ދިނުން ލާޒިމްކަމަށ ހައިކޯޓުން ފާހަގަ ކުރި ކުރުމެވެ. އެލައިޑްގެ ފަރާތުން ސިވިލް ކޯޓުގައި ދައްކާފައިވާ ވާހަކަތަކުގައި ދެފަރާތުން ވެފައިވާ އެއްބަސްވުމުގެ 11 ވަނަ މާއްދާ އާއި 19 ވަނަ މާއްދާއާއި ގުޅިގެން ފާހަގަ ކުރިކަން އެހެން ހުރިއިރު، ޔޮޓް ޓުއރސައިނ ހުށަހެޅް "ކްލެއިމް" ރައްދުކޮށް އެލައިޑއްން ފޮނުވި ނަންބަރު:A1/TECH/2014/3447 ސިޓީގައި އެކް ލެއިމް ރައްދު ކުރެވުނީ އެއްބަސްވުމުގެ 11 ވަނަ މާއްދާގެ ދަށުން ނޫންކަމަށްވާތީ، އެލައިޑްއިން ޢަމަލުކޮށްފައިވާ ގޮތުން އެއްބަސްވމުގު 11 ވަނަ މާއްދާގެ ދަށުން ކްލެއިމް ހުށަހެޅުމަށް އޮތް 15 ދުވަހުގެ މުއްދަތަށް ލުޔެއް ދީފައިވާކނަ އެނގޭ ކަމަށް ބަޔާންކޮށްފައި ވެއެވެ. އަދި އެއްބަސްވުމުގެ 19 ވަނަ މާއްދާގައި ބަޔާންކުރާ މުއްދަތު ބަންދުވުނ މިމައްސަލައަށް ތަޠްބީޤު ނުކުރެވޭނެކަން ތަފްޞީލީ ގޮތަށް ބަޔާންކޮށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން މިމައްސަލަ ނިންމާފައިވަނީ؛ " އިސްވެ ބަޔާންކުރެވިދިޔަ ސަބަބުތަކާއި ފާހަގަ ކުރެވުނު ނުކުތާތަކުގެ މައްޗަށް ރިޢާޔަތްކޮށް ބެލުމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު A/229-HC/2016 ޤަޟިއްޔާއިން ކޮށްފައިވާ ޙުކުމަކީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްވާ ގޮތުގެމަތިން ކޮށްފައިވާ ޙުކުމެއްކަން އެނގެން އޮންނާތީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު A/229-HC/2016 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މިމައްސަލަބެލި ފަނޑިޔާރުންގެ އިއްތިފާޤުން ތާއީދުކޮށް ޙުކުމް ކޮށްފީމެވެ." މިފަދައިންނެވެ. “11. On the happening of any loss or damage the insured shall forthwith give notice thereof to the Company and shall within 15 days after the loss or damage or such further time as the Company may in writing allow in that behalf, deliver to the Company (a) a claim in writing for the loss and damage containing as particular an account as may be reasonably paracticable of all the several articles or items of property damages or destroyed and of the amount of the loss and damage thereto respectively, having regard to their value at the time of the loss or damage, not including profit of any kind. (b) particulars of all other insurances, if any.” މިސިޓީ އަކީ "without prejudice" ސިޓީއެއްކަމަށްވާއިރު، މިސިޓީއަށް ކޯޓުން ބުރަދަންދިން ހަމައެއް ފެންނާކަށް ނެތެވެ .

11ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މިނިންމުމާއިއެކު، ހައިކޯޓުގެ ނަންބަރު:A/229-HC/2016 ޤަޟިއްޔާއިން ސިވިލް ކޯޓަށް ތަޙްވީލުކުރި ސިވިލް ކޯޓުގެ ނަންބަރު:C/2015-Cv/1794 ޤަޟިއްޔާ ޤަވާއިދު ން ކުރިއަށް ގެންދިއުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ސިވިލް ކޯޓަށް އެންގިއެވެ. އެހެންވެ، ސިވިލް ކޯޓުން 10 ޖޫން 2019 ގައި އިސްވެދެންނެވުނު ސިވިލް ކޯޓުގެ ނަންބަރު :C/2015-Cv/1794 ޤަޟިއްޔާ އެކޯޓުގެ ނަންބަރު:C/2019-Cv/2157 ޤަޟިއްޔާގެ ގޮތުގައި އަލުން ހިންގަން ފެށިއެވެ.

12ސ ވިލް ކޯޓުން މިދެންނެވި ޤަޟިއްޔާ ހިންގަން ފެށިފަހުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު:A/01-SC/2017 ޤަޟިއްޔާ މުރާޖަޢާ ކޮށްދިނުމަށްއެދި އެލައިޑްގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅިއެވެ. ނަމަވެސް ސުޕްރީމް ކޯޓަށް އެލައިޑްއިނ ހުށަހެޅް މުރާޖަޢާ ކުރުމާގުޅޭ ނުކުތާއާމެދު ސުޕްރީމް ކޯޓުން ގޮތެއް ނިންމާފައި ނުވަނީސް، 19 ޖުލައި 2020 ގައި ސިވިލް ކޯޓގު ނަންބަރު:C/2019-Cv/2157 ޤަޟިއްޔާގެ މައުޟޫގައި ސިވިލް ކޯޓުން ގޮތް ކަނޑައަޅައި ޙުކުމް ކޮށްފިއެވެ. އެލައިޑްއިނ ހުށަހެޅް މުރާޖަޢާ ކުރުމާގުޅޭ ނުކުތާއާއި ގުޅިގެން، ސުޕްރީމް ކޯޓުން ނިންމާފައިވަނީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު:A/01-SC/2017 ޤަޟިއްޔާގެ ނިންމުން މުރާޖަޢާކޮށްދެވޭނެ ތަނެއް ނެތްކަމަށެވެ. މިނިންމުން ނިން މި ކަމަށް ބުރަވެވެނީ 06 ސެޕްޓެނބަރް 2020 ގައެވެ. މިއީ އެލައިޑްއިން ހުށަހެޅި 07(ހަތްވަނަ) ނުކުތާއާގުޅޭ ނިންމުމެވެ. އެލައިޑއިން އިސްތިއުނާފުކޮށްފައި މިވަނީ، ސިވިލް ކޯޓުން ނަންބަރު:C/2019-Cv/2157 ޤަޟިއްޔާގެ ނިންމުމެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު:BA1/144/2019/55-197 ( 20 މެއި 2019) ސިޓީ. އެލައިޑްގެ ނަންބަރު:AI/CL/2020/0729 (07 ޖުލައި 2020) ސިޓީ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު:CR/PRIV/2020/57-197 (06 ސެޕްޓެމްބަރު 2020) ސިޓީ. ސިވިލް ކޯޓުގެ ނަންބަރު:C/2019-Cv/2157 ޤަޟިއްޔާ:

13ސިވިލް ކޯޓުގެ ނަންބަރު: C/2019-Cv/2157 ޤަޟިއްޔާގެ އަޞްލަކީ އެކޯޓަ ށ ޔޮޓް ޓުއރސްއިން ހުށަހެޅަ އެ ކޯޓުގެ ނަންބަރު:C/2015-Cv/1794 ޤަޟިއްޔާ އެވެ. މި ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށް ބެލިއިރު، އެޤަޟިއްޔާ ގައި ޙުކުމް ކޮށްފައިވަނީ؛ "ދެންފަހެ، އިސްވެފާހަގަކުރެވުނު ނުކުތާތަކަށާއި ހުށަހެޅިފައިވާ ބަޔާންތަކާއި ލިޔުންތަކުގެ މައްޗަށް ރިޢާޔަތްކޮށް ބަލާއިރު ޔޮޓް ޓުއަރސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހިންގަމުން ދިޔަ ރިސޯޓެއްކަމަށްވާ ހއ.އަލިދޫ ރިސޯޓު އެލައިޑް އިންޝުއަރެންސް ކޮމްޕެނީ އޮފް ދަ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ނަންބަރު 617/2014/101 ފަޔަރ އިންޝުއަރެންސް ޕޮލިސީގެ ދަށުން އިންޝުއަރކޮށް އިންޝުއަރެންސް ޕްރީމިއަމްގެ ގޮތުގައި ދައްކަންޖެހޭ ފައިސާ އެލައިޑް އިންޝުއަރެންސް ކޮމްޕެނީ އޮފް ދަ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ދައްކފައިވަނިކޮށާ 30 އޮގަސްޓް 2014 އިން 15 ސެޕްޓެމްބަރ 2014 އާއި ދެމެދު މޫސުން ވަރަށް ބޮޑަށް ގޯސްވެ ހަލަބޮލިވެ (ރާޅުބޮޑުވ) ކުރިމަތިވި ޤުދުރަތީ ޙާދިޘާއެއްގައި ހއ.އަލިދޫ ރިސޯޓުގެ މޫދު ރޫމތަކަށް ބޮޑެތި ގެއްލުންތަކެއް ލިބި އެތަންތަންތަން ބޭނުންނުކުރެވޭ ވަރަށް ހަލާ ކުވެފައިވާކަމާއި، ބަޔާންވެދިޔަ ޙާދިޘާގައި ހއ.އަލިދޫ ރިސޯޓަށް ލިބިފައިވާ ގެއްލުންތަކަކީ މިދެފަރާތުގެ ދެމެދު ސޮއިކުރެވިފައިވާ ފަޔަރ އިންޝުއަރެންސް ޕޮލިސީގެ ދަށުން ރައްކާތެރިކަން ލިބެންޖެހޭ ނުރައްކަލަކުން )peril( ވެފައިވާ ގެއްލުންތަކެއްކަމުން އެގެއްލުންތަކަކީ އެލައިޑް އިންޝުއަރެންސް ކޮމްޕެނީ އޮފް ދަ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހއ.އަލިދޫ ރިސޯޓަށް ދޫކޮށްފައިވާ ފަޔަރ އިންޝުއަރެންސް ޕޮލިސީގެ ދަށުން ޔޮޓް ޓުއަރސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް އިންޝުއަރެންސް ކްލައިމްގެ ގޮތުގައި ބަދަލުދޭންޖެހޭ ގެއްލުންތަކެއްކަން ހުށަހެޅިފައިވާ ލިޔުންތަކުން ޝަރީޢަތަށް ސާބިތުވާކަމަށާއި، އަދި ބަޔާންވެދިޔަ ހާދިޘާއާއި ގުޅިގެން ހއ.އަލިދޫ ރިސޯޓަށް ލިބިފައިވާ ގެއްލުމުގެ ބަދަލު ގެ ގޮތުގައި، ޔޮޓް ޓުއަރސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހޯދުމަށް އެދިފައިވާ 837.59,US$22,784 (ބާވީސްމިލިޔަން ހަތްލައްކަ އަށްޑިހަ ހަތަރުހަސް އަށްސަތޭކަ ތިރީސް ހަތެއް އެމެރިކާ ޑޮލަރު ފަންސާސް ނުވަ ސެންޓް) އަކީ މިދެފަރާތުގެ ދެމެދު އެކުލަވާލެވުނު "ހއ.އަލިދޫ ރިސޯޓުގެ " ފަޔަރ އިންޝުއަރެންސް ޕޮލިސީގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން، އަލިދޫ ރިސޯޓަށް ލިބިފައި ވާ ގެއްލުމުގެ ބަދަލުގެ ގޮތުގައި އެލައިޑް އިންޝުއަރެންސް ކޮމްޕެނީ އޮފް ދަ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ޔޮޓް ޓުއަރސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ދޭންޖެހޭ ފައިސާއެއްކަން މަދަނީ މިންގަނޑުން ޝަރީޢަތަށް ސާބިތުވެއްޖެކަމަށް ކަނޑައަޅައި، މިފައިސާ ޔޮޓް ޓުއަރސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ލިބިދިނުމުގެ ގޮތުން 19 ޖުލައި 2020 މިދުވަހުން ފެށިގެން މަދުވެގެން އެމަހަކަށް ޖެހޭވަރު އެމަހަކު ސިވިލް ކޯޓަށް ފައިސާ ދައްކަމުން ގޮސް މީލާދީ 06 (ހައެއ) މަސް ދުވަހުގެ ތެރޭގައި 837.59,US$22,784 (ބާވީސްމިލިޔަން ހަތލައްކް އަށްޑިހ ހަތަރުހަސް އަށްސަތޭކަ ތިރީސް ހަތެއް އެމެރިކަ ޑޮލަރު ފަންސާސް ނުވަ ސެންޓް) ދައްކާ ޚަލާސްކުރުމަށް އެލައިޑް އިންޝުއަރެންސް ކޮމްޕެނީ އޮފް ދަ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް އަންގައި ޙުކުމްކޮށްފީމެވެ ". އިސްތިއުނާފީ ނުކުތާތައް:

14ސިވިލް ކޯޓުގެ ނަންބަރު C/2019-Cv/2157 ޤަޟިއްޔާ ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތަށް ނޫން ކަމަށްބުނެ އެ ޤަޟިއްޔާ އިސްތިއުނާފުކުރުމަށް އެދި އެލައިޑް އިންޝުއަރެންސް ކޮމްޕެނީ އޮފް ދަ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ތިރީގައިވާ ހަތް ނުކުތާ ހުށަހަޅާ އެނުކުތާތަކާއިބެހޭ ގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. އެގޮތުން ހުށަހަޅާފައިވާ؛

1.14. ފުރަތަމަ ނުކުތާއަކީ، ދަޢވު ބިނާކުރި އިންޝުއަރެންސް ޕޮލިސީއަކީ ރަނގަޅު ޕޮލިސީއެއް ނޫންކަމަށްބުނެ އެލައިޑްގެ ފަރާތުން ހުށަހެޅި އިޖުރާއީ ނުކުތާއާ ގުޅޭގޮތުން ބައްލަވަންޖެހޭ މިންވަރަށް ނުބައްލަވައި، ދަޢުވާ އިޞްލާޙުކުރުމަށް ޔޮޓް ޓުއަރސްއަށް އެންގެވުމަކާ ނ ލައި، މައްސަލަ ކުރިއަށް ގެންގޮސްފައިވާކަމަށްބުނެ ހުށަހެޅި ނުކުތާއެވެ.

2.14. ދެވަނަ ނުކުތާއަކީ، ޔޮޓް ޓުއަރސްއިން އިންޝުއަރެންސް ފައިސާ ހޯދުމަށް ދަޢުވާ ކޮށްފައިވަނީ އިންޝުއަރެންސް ޕޮލިސީއިން ކަވަރުވާ ކޮން ޕެރިލްއެއްގެ ދަށުންކަން ސާބިތުކޮށްދީފައިނުވަނީސް އިންޝުއަރެންސް ފައިސާ ދައްކަންޖެހޭކަމަށް ސިވިލް ކޯޓުގެ ނަންބަރު: 019C/2-Cv/2157 ޤަޟިއްޔާގައި ޙުކުމްކުރައްވާފައިވާކަމަށްބުނެ ހުށަހެޅި ނުކުތާއެވެ.

3.14. ތިންވަނަ ނުކުތާއަކީ، ޔޮޓް ޓުއަރސްއިން ހުށަހެޅި ދައުވާ ސާބިތުކުރުމުގެ ބުރަ (onus probandi) / burden of proof އެފަރާތުން އުފުލަނން ޖެހި، އެފަރާތުން ބުނާ މުއްދަތުގެ ތެރޭގައި އެފަރާތުން ބުނާ ގެއްލުންވެފައިނުވާކަން ސާބިތުކުރުމުގެ ބުރަ އެލައިޑަށް ފުރޮޅލާފައިވާކަމަށްވުނާ ހުށަހެޅި ނުކުތާއެވެ.

4.14. ހަތަރުވަނަ ނުކުތާއަކީ، ޔޮޓް ޓުއަރސްއިން އިންޝުއަރެންސް ފައިސާގެ ގޮތުގައި ދަޢުވާގައި ނަގައިދިނުމަށް އެދުނު ޖުމްލަ ފައިސާ ޔޮޓް ޓުއަރސްއަށް ދޭންޖެހޭކަމަށް ކަނޑައަޅުއްވާފައިވަނީ ޔޮޓް ޓުއަރސްއަށް ލިބުނު ގެއްލުމުގެ މިންވަރު ވަޒަންކުރުމެއްނެތި ކަމަށބުން ހުށަހެޅި ނުކުތާއެވެ.

5.14. ފަސްވަނަ ނުކުތާއަކީ، އިސްތިއުނާފު މިކުރެވޭ ޤަޟިއްޔާ ނިންމާފައިވަނީ ޤާނޫނު ނަންބަރު 2010/13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނ) ގެ 5 ވަނަ މާއްދާގެ (ށ) ގެ 1 ވަނަ ނަންބަރު، އަދި 3 ވަނަ ނަންބަރާ ޚިލާފަށްކަމަށްބުނެ ހުށަހެޅި ނުކުތާއެވެ.

6.14. ހަވަނަ ނުކުތާއަކީ، ދިމިޤްރާތީ އެހެން މުޖުތަމަޢުތަކުގެ ޤާނޫނީ އުސޫލުތައް، އިސްތިއުނާފުކުރެވޭ ޤަޟިއްޔާގައި ބަލައިގެންފައިވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގެ

(ހ) އާއި 68 ވަނަ މާއްދާ އަދި 142 ވަނަ މާއްދާއާ ޚިލާފަށްކަމަށްބުނެ ހުށަހެޅި ނުކުތާއެވެ.

7.14. ހަތްވަނަ ނުކުތާއަކީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު: A/01-SC/2017 ޤަޟިއްޔާގައި ކުރެއްވި ޙުކުމް މުރާޖަޢާ ކޮށްދިނުމަށް އެދި އެލައިޑްގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް އިލްތިމާސްކޮށްފައިވަނިކޮށް، އެހުށަހެޅުމާގުޅޭގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ވަކި ގޮތަކަށް ކަނޑައެޅުއްވުމުގެ ކުރިން މައްސަލައިގެ ޙުކުމްކުރެއްވިކަމަށްބުނެ ހުށަހެޅި ނުކުތާއެވެ. ފާހަގަކުރެވުނު ނުކުތާތައް:

15މިމައްސަލައާއި ގުޅިގެން ސިވިލް ކޯޓުގެ ނަންބަރު C/2019-Cv/2157 ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓަށާއި، އެމައްސަލަ އިސްތިއުނާފުކުރުމަށް އެލައިޑްގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާތަކާއި ގުޅިގެން ދެފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި އެންމެހައި ލިޔުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް ޝަރީޢަތަށް ފާހަގަކުރެވެއެވެ. ދަޢުވާ ބިނާކުރި އިންޝުއަރެންސް ޕޮލިސީއާ ގުޅޭ:

16HN1"އިންޝުއަރެންސް އެގްރީމެންޓް" އާއި "އިންޝުއަރެންސް ޕޮލިސީ" މި ދެ ޖުމްލަ އެއްމާނައެއްގއަ ބޭނުން ކުރަމުނދިޔް ނަމަވެސް، އިންޝުއަރެންސްގެ ޤާނޫނީ ހަމަތަކަށް ބަލާއިރު، އެއީ ތަފާތު ދމާނެ އެއް ދޭހަ ކޮށްދަ ޖުމްލައެކެވެ. މިގޮތުން، އިންޝުއަރެންސް ޕޮލިސީއަކީ އިންޝުއަރެންސް އެއްބަސްވުމެއް އޮތްކަން ދަލާލަތު ކޮށްދޭ އެއްޗެކެވެ. ނަމަވެސް ހަމައެކަނި އިންޝުއަރެންސް ޕޮލިސީއެއް އޮތުމަކީ، އިންޝުއަރންސެ އެއްބަސްވުމެއް އޮތްކަން ހާމަކޮށްދޭނެ ކަމެއް ކަމަށް ނުވެއެވެ.

17އިންޝުއަރެންސް އެއްބަސްވުމެއް ގެ އަސާސީ އުންޞރުތަކަށް ބަލާއިރު؛ (1) އިންޝުއަރ ކުރެވުނު ޕެރިލް (އެކަމަކުން ރައްކާތެރިކޮށްދެވޭ ނުރައްކާ)، (2) އިންޝުއަރ ކުރެވުނު އެތި/މީހާ، (3) އިންޝުއަރެންސްގެ މުއްދަތު (އިންޝުއަރެންސް ހިނގަންފަށާނެ ތާރީޚާއި ނިމޭނެ ތާރީޚް)، (4) އިންޝުއަރެންސްގެ މިންވަރު (ގެއްލުމެއް ކުރިމަތިވާ ޙާލަތުގައި އިންޝުއަރަރ ޒިންމވާންޖެހާ އެންމެ މަތީ މިންވަރު/ޢަދަދު) އަދި (5) އިންޝުއަރޑް ގެ ފަރާތުން ދައްކަންޖެހޭ ޕްރިމިއަމްގެ މިންވަރު. މިކަންކަން ހިމެނެއެވެ.

18ޔޮޓް ޓުއަރސްގެ ފަރާތުން، އެލައިޑްއަށ ހުށަހެޅް ކްލެއިމް ފޯމްގައި "ޕޮލިސީ" ބަޔާންކުރަން އޮތް ތަނުގައި އޮތީ 101/2014/617 އެވެ. ކުރިން ބަޔާން ކުރި ފަދައިން، ސިވިލް ކޯޓުގެ ނަންބަރު -Cv/2157 C/2019 ޤަޟިއްޔާގެ އަޞްލަކީ، ތަޙުވީލު ކުރެވުނު، ސިވިލް ކޯޓުގެ ނަންބަރު:C/2015-Cv/1794 ޤަޟިއްޔާއެވެ. އެހެންވެ، އިސްތިއުނާފކު ށްފައޮ މިވާ ސިވިލް ކޯޓުގެ ނަންބަރު:91C/20-Cv/2157 އެނެކްސް 2 ގެ ގޮތުގައި ދަށު ކޯޓަށް ހުށަހެޅި ޕްރޮޕަޓީ ކްލެއިމް ފޯމް. ޤަޟިއްޔާގެ ދަޢުވާ ފޯމަކީ ކުރިން ހުށަހެޅި ޤަޟިއްޔާގެ ދަޢުވާ ފޯމެވެ. ޔޮޓް ޓުއަރސްގެ ފަރާތުން ސިވިލަ ކޯޓަށް ހުށަހެޅި ދަޢުވާ ފޯމުގައި ބަޔާން ކުރަނީ؛ "މިމައްސަލައަކީ މިކުންފުނީގެ ރިސޯޓެއް ކަމުގައިވާ ހއ.އަލިދޫ ރިސޯޓް، ދަޢުވާލިބޭ ފަރާތުގައި އިންޝުއަރެންސް ޕޮލިސީއެއްގެ ދަށުން އިންޝުއަރކޮށް..." މިހެންނެވެ. މިއިނޝް އަރެންސު ޕޮލިސީއަކީ ކޮބައިކަން މިނުކުތާގައި ބަޔާންކޮށްފައެއް ނެތެވެ. ނަމަވެސް، ދަޢުވާގެ ތަފްޞީލު ބަޔާން ކުރުމުގެ ގޮތުން، ދަޢުވާ ހުށަހެޅި ފޯމގު 8.1 ގައި ބަޔާނކޮށްފް އިވެއެވެ؛ " މިކުންފުނީގެ ރިސޯޓެއް ކަމުގައިވާ ހއ.އަލިދޫ ރިސޯޓް، ދަޢުވާ ލިބޭ ފަރާތުގައި އިންޝުއަރެންސް ކުރުމަށްޓަކައި ދަޢުވާ ލިބޭ ފަރާތާއި މިކުންފުންޏާއ ދެމެދި "ޕަބްލިކް ލައިބިލިޓީ އިންޝުއަރެންސް ޕޮލިސީ" އެއްގައި 12 ޑިސނެ ބަރް 2012 ތާރީޚުގައި ވަނީ ސޮއިކޮށްފައެވެ. (އެނެކްސް 01) ގެ ގޮތުގައި އިންޝުއަރެންސް ޕޮލިސީގެ ކޮޕީ ހުށަހަޅަމެވެ." މިގޮތަށް ބަޔާން ކުރުމަށްފަހު، އެނެކްސް 01 ގެ ގޮތުގައި ތިން ލިޔުމެއް ހުށަހަޅާފައި އެބަ އޮތެވެ. ފުރަތަމަ އޮތް ލިޔުމަށް ބަލާއިރު، އެއީ، "ޕަބްލިކް ލައިބިލިޓީ އިންޝުއަރެންސް ޕޮލިސީ" އެއްކަން އެނގެއެވެ. އެޕޮލިސީގެ ނަންބަރަކީ، 1000/60/602/2010/4693 އެވެ. އިންޝއަރެންސްގު މުއްދަތަކީ، 24 ނޮވނެ ބަރް 2010 ގެ 00:00 އިން ފެށިގެން، 23 ނޮވނެ ބަރް 2011 ގެ މެންދަމަށެވެ. މިޕޮލިސީއއެކާ ޔޮޓް ޓުއަރ ސްއިނ ހުށަހަޅަން "ފަޔަރ އިންޝުއަރެންސް ޕޮލިސީ" އެކެވެ.

19ބަޔާންވެދިޔަ ޕޮލިސީގެ އިތުރުން، "އެނެކްސް 01" މިހެން ޖަހާފައި އޮތް، "ޕަބްލިކް ލައިބިލިޓީ އިންޝުއަރެންސް ޕޮލިސީ" އެއް ހުށަހަޅާފައި އެބަ އޮތެވެ. އެ ޕޮލިސީގެ ނަންބަރަކީ 602/2014/48 އެކެވެ. މި ޕޮލިސީގެ މުއްދަތަކީ 27 އޮގަސްޓް 2014 އިން ފެށިގެން 26 އޮގަސްޓް 2015 އަށެވެ. މިއީ "މުދަލާއި ފައިސާއާބެހޭ ބޮޑެތި މައްސަލަތައް ބަލާ ޑިވިޜަނަށް މައްސަލަ ހުށަހަޅާ ފޯމު" (14 އޮކްޓބަރޯ 2015)ގެ 7 ވަނަ ނަންބަރު . "މުދަލާއި ފައިސާއާބެހޭ ބޮޑެތި މައްސަލަތައް ބަލާ ޑިވިޜަނަށް މައް ސަލަ ހުށަހަޅާ ފޯމު" (14 އޮކްޓބަރޯ 2015)ގެ 8.1 ވަނަ ނަންބަރު. ކުރިން ބަޔާންކުރި "ޕަބްލިކް ލައިބިލިޓީ އިންޝުއަރެންސް ޕޮލިސީ"އަށް ގެނެވިފައިވާ އެމެންޑްމެންޓެއް ކަމަށް ބެލެވެން އޮވެއެވެ. ސަބަބަކީ، ”MENTSDAMEN“ މިހެން ބަޔާންކޮށްފައިވާ ތަނުގެ ތިރީގައި؛ “Number of installment has been changed into four installments with effect from 27/08/2014” މިހެން ބަޔާންކޮށް، އަދި މިލިޔުމުގެ ތިރީގައި މިފަދައިން ބަޔާން ކޮށްފައި ވާތީއެވެ؛ “All other terms/conditions/warranties/clauses in the policy remain unaltered. This policy has been amended as indicated above from the effective date (unless specially state to the contrary) subject otherwise to the terms, exceptions and conditions of the policy”

20މީގެ އިތުރުން، "އެނެކްސް 01" ޖަހާފައިވާ "ފަޔަރ އިންޝުއަރެންސް ޕޮލިސީ" އެއް ލިޔުންތަކުގެ ތެރޭގައި އެބަ އޮތެވެ. އެޕޮލިސީ ނަންބަރަކީ، 617/2014/101 އެވެ. އިންޝުއަރެންސްގެ މުއްދަތަކީ، 27 އޮގަސްޓް 2014 އިން ފެށިގެން 26 އޮގަސްޓް 2015 އަށެވެ. މިއީވެސް އެމެންޑްމެންޓެއްކަމަށ ބެލެވެން އޮވެއެވެ. ސަބަބަކީ، މިލިޔުމުގައިވެސ ކުރިން ބަޔާން ކުރިހެން، "އެމެންޑްމެންޓް" މިހެން ލިޔެ ކުރިން ބަޔާންކުރި ގޮތަށް އަކުރުން އަކުރަށް ލިޔެފައިވާތީއެވެ.

21ހުށަހެޅިފައިވާ މައްސަލައިގައި އަލައިޑްއިން ޙަވާލާދެނީ ނަންބަރު: 617/2014/101 "ފަޔަރ އިންޝުއަރެންސަ ޕޮލިސީ" އަށެވެ. މިއީ އެލައިޑް އާއި ޔޮޓް ޓުއަރސް އާ ދެމެދު ވެފައިވާ އިންޝުއަރެންސް އއެބަސްވުންތޯ ކުރިން ބަޔާންކުރި އިންޝުއަރެންސް އެއްބަސްވުމެއްގެ އަސާސީ އުންޞުރު ތަކަށް ރިޢާޔަތްކޮށް ބަލާއިރު، ޔޮޓް ޓުއަރސްއިނ ހުށަހެޅް ނަންބަރު:617/2014/101 "ފަޔަރ އިންޝުއަރެންސް ޕޮލިސީ" އަކީ "އެންމެންޑްމެންޓް" އެކެވެ. އެލިޔުމުގައި " އިންޝުއަރ ކުރެވުނު ޕެރިލް (އެކަމަކުން ރައްކާތެރިކޮށްދެވޭ ނުރައްކާ ) " ނުވަތަ "ކަވަރޭޖް" އަކީ ކޮބައިކަން އެނގޭކަށް ނެތެވެ. އަދި މި ލިޔުމާއިއެކު އެ އެއްބަސްވުމާއި ގުޅޭ ފަޔަރ އިންޝުއަރެންސް ޕޮލިސީއެއް ޔޮޓް ޓުއަރސް އަކުނަ ހުށަހަޅާފައެއް ނެތެވެ.

22މިހާރު އެލައި ޑްގެ ފަރާތުން، އިޖުރާއީ ނުކުތާއެއްގެ ގޮތުގައި، ފާހަގަކުރަނީ، ޔޮޓް ޓުއރސަ އިން ދަޢުވާ ބިނާކުރް އިންޝުއަރެންސް ޕޮލިސީއަކީ ރނަ ގަޅު ޕޮލިސީއެއް ނޫންކަމަށް ބުނެއެވެ. އެލައިޑްގެ ފަރާތުން ބުނެފައިވަނީ، މި އިޖުރާއީ ނުކުތާއާއި ގުޅިގެން ދަށު ކޯޓުން ބަލަންޖެހޭ މިންވަރަށް ބަލާފައި ނުވާކަމަށާއި ދަޢުވާ އިޞްލާޙަ ކުރުމަށް ޔޮޓް ޓުއަރސްއަށް އެންގުމަކާއ ނުލައި މައްސަލި ކުރިއަށް ގެންގޮސް ނިންމާފައިވަނީ ރނަ ގަޅަށް ނޫންކަމަށެވެ. މިގޮތަށް އެލައިޑްއިނ ބުން ސަބަބުތަކަކީ؛

1.22. ސިވިލް ކޯޓުގެ ނަންބަރު:C/2015-Cv/1794 ޤަޟިއްޔާގައި، އެލައިޑް އިން ނެގި އިޖުރާއީ ނުކުތާއަކީ، "ވަގުތު ފާއިތުވުމުގެ ސަބަބުން" ޔޮޓް ޓުއަރސްއަށ ދަޢުވް ނުކުރެވނޭ ކަމަށެ ބުނެ ނެގް އިޖުރާއީ ނުކުތާއެއްކަމާއި، ދިވެހިރާއްޖޭގެ ހައިކޯޓާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ސިވިލް ކޯޓަށް ތަޙްވީލު ކުރީ، މިދެންނެވި އިޖުރާއީ ނުކުތާއާއި ގުޅިގެން ސިވިލް ކޯޓުން ނިންމި ނިންމުންކަމަށެވެ. ވީމާ، މައުޟޫއީ ގޮތުން މައްސަލަ ބަލާއިރު، ދަޢުވާ ބިނާކޮށްފައިވަނީ ނުރަނގަޅު އިންޝަ އަރެންސު ޕޮލިސީއެއްގެ މައްޗަށްކަމަށް ބުނެ، ސިވިލް ކޯޓުގައި ނެގި އިޖުރާއީ ނުކުތާއަށް ނުބަލައި "ޕަބްލިކަ ލައިބިލިޓީ އިންޝުއަރަންސް ޕޮލިސީ" އެއްގެ މައްޗަށް ބިނާކޮށް، ކޮށްފައިވާ ދަޢުވާއެއްގައި، "ފަޔަރ އިންޝުއަރަންސް ޕޮލިސީ"އެއްގެ މައްޗަށް ބިނާކޮށް ބަދަލު ނަގައިދިނުމަކީ، ދަޢުވާއަށް "މެޓީރިއަލް" ބަދަލެއް އަންނާނެ ކަމެއްކަމަށެވެ.

2.22. މިދަޢުވާ ކުރިއަށް ގެންދާނަމަ، ކުރިއަށް ގެންދަންވާނީ، ހޯދުމަށް އެދިފައިވާ ބަދަލި ފައިސާއަކީ، ޔޮޓް ޓުއަރސްއިނ ހުށަހަޅާފައިވް "ޕަބްލިކް ލައިބިލިޓީ އިންޝުއަރަންސް ޕޮލިސީ" ގެ ދަށުން ކަވަރުކުރާ ފައިސާއެއްތޯ ނުވަތަ ނޫންތޯ ބެލުމަށްކަމަށެވެ.

3.22. ދަޢުވާގައި ބަޔާންކުރާ އިންޝުއަރެންސް ޕޮލިސީގެ ދަށުން އިންޝުއަރކޮށ ރައްކާތެރިކަން ލިބޭނެ ނުރައްކަލެއް ނުވަތަ ގެއްލުމެއް )peril( ހިނގާފައި ނެތުމާއި ލިބިފައިވާ ގެއްލުންތަކަކީ، އިންޝުއަރކޮށ ރައްކާތެރިކަން ލިބިދިނުމަށް ދެފަރާތުގެ ދެމެދުގައި ކުރިއާލައި އެއްބަސްވެފައިވާ ނުރައްކަލެއް ނުވަތަ ގެއްލުމެއް )peril( ނޫން ކަމަށެވެ.

4.22. ޔޮޓް ޓުއަ ރސ އިން ހުށަހެޅި ދަޢުވާއާއެކު ހުށަހެޅީ "ޕަބްލިކް ލައިބިލިޓީ އިންޝުއަރެންސް ޕޮލިސީ" އަކަށްވާއިރު، އެއީ އިންޝުއަރެންސް ނަގާފަރާތުގެ ސަބަބުން ތިންވަނަ ފަރާތެއްގެ މުދަލަކަށް ލިބޭ ގެއްލުމުގެ ބަދަލު ހޯދުމަށް އެފަރާތަކުން އިންޝުއަރެންސް ނަގާފަރާތާ ދެކޮޅަށް ދަޢުވާ ކޮށްފިނަމަ، އިންޝުއަރެންސް ނެގިފަރާތް ރައްކާތެރިކޮށްދޭ ޕޮލިސީއަކަށްވުމުން، މޫސުން ގޯސްވުމުގެ ސަބަބުން އަލިދޫ ރިސޯޓަށް ލިބުނުކަމަށް ބުނާ ގެއްލުމަށް ބަދަލު ނަގައިދެވޭނެ އެއްވެސް ހަމައެއް ނެތްކަމަށެވެ.

23އެލައިޑްގެ ފަރާތުން މިދެއްކ ވާހަކަތަކާއި ގުޅިގެނި ޔޮޓް ޓުއަރސްގެ ފަރާތުން ބުނެފައިވަނީ، ޔޮޓް ޓުއރސްގަ ފަރާތުން އެންމެ ފުރަތަމަ ސިވިލް ކޯޓަށް ހުށަހެޅި ނަންބަރު C/2015-Cv/1794 ޤަޟިއްޔާގެ ދަޢުވާ ފޯމުގައި ޕޮލިސީގެ ނަން ބަޔާންކުރެވިފައިވަނީ ގޯސކޮށްކަމާއ އަދި ސިވިލް ކޯޓުން އެޤަޟިއްޔާގައި ކުރެއްވް ޙުކުމުގައިވެސް ޕޮލިސީގެ ނަން އޮތީ ގޯސްކޮށްކަން، ސިވިލް ކޯޓުގެ ނަންބަރު: C/2015-Cv/1794 ޤަޟިއްޔާ ހައިކޯޓުގައި އިސްތިއުނާފުކޮށް ހުށަހެޅި ނަންބަރު: A/229-HC/2016 ޤަޟިއްޔާގައި ވަކި ނުކުތާއެއްގެ ގޮތުގައި ހިމަނާފައިވާނެ ކަމަށެވެ. މީގެ އިތުރުން ޔޮޓް ޓުއަރސްއިން ފާހަގަ ކުރެއެވެ؛

1.23. މިއީ މައްސަލަ ފުރަތަމަ ހުށަހެޅިއިރު އަރާފައިވާ އިދާރީ އޮޅުމެއް ކަމަށް ޤަބޫލުކުރެވޭ ކަމަށެވެ. މިއިދާރީ އޮޅުން އިޞްލާޙު ކުރުމަށް އެލައިޑްގެ ފަރާތުންވެސް އޭރު އެދިފައި ނުވާކަމަށެވެ.

2.23. މިމައްސަލައިގައި މިހާތަނަށް ސިވިލް ކޯޓު، ހައިކޯޓު އަދި ސުޕްރީމް ކޯޓުގައިވެސް ރިފަރ ކުރާ އިންޝުއަރެންސް ޕޮލިސީގެ ކޮންޓެންޓަކީ އެކައްޗެއް ކަމަށެވެ. ވީމާ ދަޢުވާ ފޯމުގައި ބަޔާންކުރާ (ޕޮލިސީ)ގެ ނަން ބަދަލު ކުރުމަކުން މައްސަލައިގެ މައުޟޫއަށް އަންނާނެ ބަދަލެއް ނެތްކަމަށެވެ.

3.23. އެލައޑިގެ ފަރާތުން ޕޮލިސީގެ ނަން ނުބައިކޮށް އޮތް އޮތުމުގެ މައްޗަށް ބިނާކޮށް ސިވިލް ކޯޓަށް ހުށަހެޅި އިޖުރާއީ ނުކުތާގައި އެދިފައިވަނީ މައްސަލަ ބާޠިލު ކޮށްދިނުމަށެވެ. އެއިދާރީ އޮޅުން އިޞްލާޙު ކުރުމަށް ނޫން ކަމަށެވެ.

24HN2އެލައިޑްގެ ފަރާތުންނާއި ޔޮޓް ޓުއަރސްގެ ފަރާތުން މިދެއްކި ވާހަކަތަކަށް ބަލާއިރު، ޔޮޓް ޓުއރސްގަ ފަރާތުން އެލައިޑްއަށް ހުށަހެޅި "ޕްރޮޕަޓީ ކްލެއިމް ފޯމް" ގައި އެ ކްލެއިމް ބިނާކުރާ އިންޝުއަރެންސް ޕޮލިސީ ކަމުގައި ބަޔާން ކުރަނީ ނަންބަރު: 617/2014/101 ޕޮލިސކީން އެނގޭތީ، އެ ފޯމުގައި ބަޔާން ކޮށްފައި އެވަނ އެލައިޑްއިންވެސް ޙަވާލާދޭ ޞައްޙަ އިންޝުއަރެންސް އެއްބަސްވުމުގެ ޕޮލިސީ ނަންބަރަށްކަން އެނގެއެވެ. އެހެންކަމުން، ކޯޓަށް ހުށަހެޅި ފޯމްގައި އެހެން އިންޝުއަރެންސް ޕޮލިސީއެއްގެ ނަން ބަޔާންކޮށްފައި އޮތް އޮތުމުން، ދަޢުވާ ބިނާކުރާ އިންޝުއަރެންސް އެއްބަސްވުމަކީ ކޮބައކަމާމެދި އެލައިޑް އަށް އޮޅުން އަރާފައި ނުވާކަން އެލައިޑއިން ދީފައިވާ ޖަވާބުތަކަށް ބެލުމުން އެނގެން އޮވެއެވެ.

25އެހެނީ، މިމައްސަލައިގައި، ދަޢުވާ ފޯމުގައި ބަޔާން ކުރާ ޕޮލިސީ ނަންބަރަކީ ނުރނަ ގަޅު އެއްބަސްވުމެއްގެ ޕޮލިސީ ނަންބަރެއް ކަމަށްވާނަމަ، ޔޮޓް ޓުއަރސްއިނ ހުށަހެޅް "ޕްރޮޕަޓީ ކްލެއިމް ފޯމް" އަށް ޖަވާބެއް ދޭކަށް އެލައިޑަކަށް ނނ ގުނީހެވެ. ހަމަ އެހެންމެ، މިހިނގާ ދަޢުވާއަށް ދަށު ކޯޓުގައި އެލައިޑްއަކަށް ޖަވާބެއް ނުދެވޭނެއެވެ. ނަމަވެސް އެލައިޑްއިން އޮތީ އެއްވެސް ޕޮލިސީއެއްގެ ނަމެއް އަދި ނަންބަރެއްވސެ ބަޔާން ކުރުމަކާއިނުލައި، ދެފަރާތުގެ ދެމެދުގައި ވެފައިވާ އިންޝުއަރެންސް ޕޮލިސީއާ ޙަވާލާދީ ޖަވާބު ދީފައެވެ. މާނައަކީ އެލައިޑްއަށް މިވާހަކަ ދެކެވެނީ އިންޝުއަރެންސްކޮން އެއްބަސްވުމެއްގެ މައްޗަށްކަމާއި އަދި ކޮން ޕޮލިސީއެއްގެ ވާހަކަކަން އެނގެއެވެ.

26މިގޮތުން، މިމައްސަލަ އެންމެ ފުރަތަމަ ހުށަހެޅިގެން ބެލުނު ސިވިލް ކޯޓުގެ ނަންބަރު:C/2015-Cv/1794 ޤަޟިއްޔާއާއި ގުޅިގެން އެލައިޑް އިން ނަގާފައިވާ އިޖުރާއީ ނުކުތާތަކުގެ ތެރެއިން 02 ވަނަ ނުކުތާގައި "ޔޮޓް ޓުއަރސް އިން ހުށަހަޅާފައިވާ ދަޢުވާއަކީ ދެފަރާތުން ސޮއިކުރި "ފަޔަރ އިންޝުއަރެންސް ޕޮލިސީ" (މީގެފަހުން "ޕޮލިސީ")ގެ 19 ވަނަ މާއްދާއަށް ރިޢާޔަތް ކުރާއިރު..." މިހެން ބަޔާންކޮށް، ޙަވާލާދީފައިވަނީ "ފަޔަރ އިންޝުއަރެންސް ޕޮލިސީ" އަށެވެ. "ޕަބްލިކް ލައިބިލިޓީ އިންޝުއަރެންސް ޕޮލިސް" އަކަށް ނޫނެވެ. މިއިން އެނގެނީ، އެލައިޑްއަށް މިވާހަކަ ދެކެވެނީ ކޮން ޕޮލިސީއަކަށް ކަން އެނގޭކަމެވެ.

27ސިވިލ ކޯޓުގް ނަންބަރު:C/2015-Cv/1794 ޤަޟިއްޔާ އިސްތިއުނާފަކޮށ ހައިކޯޓަށް ހުށަހެޅް ނަންބަރު؛ A/229-HC/2016 ޤަޟިއްޔާ ގައިވެސް ޔޮޓް ޓުއަރސް އެއާ އެލައިޑް އާ ދެމެދު ވެފައިވާ އިންޝުއަރެންސް ޕޮލިސީކަމަށ ހައިކޯޓުން މުޅިންވެސް ޙަވާލާދީފައިވަނީ ޕޮލިސީގެ ނަމުން ނުވަތަ ޕޮލިސީގެ ނަންބަރަށް ޙަވާލާނުދީ، "... ދެފަރާތުގެ ދެމެދުގައި ވެފައިވާ އިންޝާ އ ރަންސް ޕޮލިސީގެ...." މިގޮތަށް ޢިޝާރާތުންނެވެ. ހަމައެހެންމެ ސުޕްރީމް ކޯޓުގެ ނަންބަރު:A/01-SC/2017 ޤަޟިއްޔާގެ ތިންވަނަ ކަމަކަށް ފާހަގަކުރި ނުކުތާ ގައި، "...މިދަޢުވާއަކީ ދެފަރާތުން ސޮއިކުރި "ފަޔަރ އިންޝުއަރެންސް ޕޮލިސީ"ގެ..." މިފަދައިން ބަޔާންކޮށްފައި އެބައޮތެވެ. އެނުކުތާގައި ފިޔަވައި، ސުޕްރީމް ކޯޓުންވެސް މުޅިންވެސް އިންޝުއަރެން ޕޮލިސީ އަށް ޙަވާލާދީ ބޭނުން ކޮށްފައިވަނީ "...އެލައިޑް އާއް ޔޮޓް ޓުއަރސް އާ ދެމެދު ސޮއިކުރެވުނު އިންޝުއަރެންސް ޕޮލިސީ..." ނުވަތަ "...ދެފަރާތުން ވެފައވި އިންޝުއަރެންސާ ޕޮލިސީ..." މިފަދަ އޝާރާތުގެ ނ މުންނެވެ. މިއިން އެނގޭ ކަމަކީ، ޔޮޓް ޓުއަ ރސ އާއް އެލައިޑް އާ ދެމެދު ހުށަހެޅި ހިނގަމުން މިދާ ދަޢުވާ ބިނާކުރާ އިންޝުއަރެންސް އެއްބަސްވުމަކީ ކޮބައިކަމާއި އެއީ ކޮން ޕޮލިސީ އެއްކަން އެއްވެސް ފަރާތަކަށް އޮޅުން އަރައިގެން އުޅެފައި ނެތްކަމެވެ. ވީމާ، މިއަދެދަޢުވާކުރާ ފޯމުގައި އޮތް އިންޝުއަރެންސް ޕޮލިސީގެ ނަމަށް ބިނާކޮށް، އިޖުރާއީ ނުކުތާއެއް ނަގާނެ ފުރުޞަތެއް އެލައިޑަކަށ އޮތްކަމަށް ނުދެކމެ ވެ. އެނުކުތާ ނަގާނަމަ ނަގަންޖެހޭނީ، އެންމެ ފުރަތަމަ ދުވަހު ސިވިލް ކޯޓުގެ ނަންބަރު: C/2015-Cv/1794 ޤަޟިއްޔާގެ ތެރޭގައި ނެގި އިޖުރާއީ ނުކުތާއާއެކުގައ ކަމަށި ދެކެމެވެ. އިޖުރާއީ ކޮންމެ ނުކުތާއެއް ވަކިވަކިން ނަގައި، އެނުކުތާއެއް ހިފައިގެން ކޮންމެ ފަހަރަކު ތިންމަރުޙަލާ ކުޑަ އަތުކުރާ އުޞޫލުން ޝަރީޢަތްތައް ހިންގުމަކީ، ޚުޞޫމާތާ އުފެދިފައިވާ މައުޟޫއަށް ނިމުން އަންނާނެ ގޮތެއް ނޫނެވެ.

"ފަޔަރ އިންޝުއަރެންސް އެއްބަސްވުނ"

28ފަޔަރ އިންޝުއަރެންސް އެއްބަސްވުމެއްގައި "ޝެޑިއުލް" އަކާއި "ޕޮލިސީ ވާރޑިންގ" އަކާއި އެއާއި ގުޅޭ "އެންޑޯސްމަންޓް" ހުރިނަމަ، ހިމަނަންޖެހޭނެ ކަމަށް އެލައިޑއްން ބުނެއެވެ. ނަމަވެސް ޔޮޓް ޓުއަރސއިން ހުށަހަޅާފައިވަނީ "ފަޔަރ އިންޝުއަރެންސް ޕޮލިސް" ގެ ނަމުގައި އޮތް "ވާރޑިނގް " އެއް ކަމަށެ އެލައިޑއިން ފާހަގަކުރެއެވެ. ޔޮޓް ޓުއރސައިނ ހުށަހެޅް މިދެންނެވި ވާރޑިނގް އަކީ، ރނަ ގަޅު ވާރޑިންގ އެއް ނޫންކަމަށް ބުނެ، އެލައިޑއިން ޑޮކިއުމެންޓް 3 ގެ ގޮތުގައި، ނަންބަރު:101/2014/617 "ފަޔަރ އިންޝުއަރެންސް ޕޮލިސީ" އާއި އޭގެ ވާރޑިންގ، ދަށު ކޯޓަށާއި މިކޯޓަށް ހުށަހަޅާފައި ވެއެވެ. ކުރިން ބަޔާންކުރިހެން، ޔޮޓް ޓުއަރސްގެ ފަރާތުންވެސް ޕޮލިސީ ނަންބަރު 101/2014/617 މިހެން ބަޔާން ކުރާ "ފަޔަރ އިންޝުއަރެންސް ޕޮލިސީ" މިހެން އޮތް އެއްބަސްވުމެއްގެ އެމެންޑްމެންޓެއެ ހުށަހަޅާފައި އެބައޮތެވެ. ނަމަވެސް އެއާގުޅޭ ޕޮލިސީ ނުވަތަ ވާރޑިންގ އއ ހުށައެއް ނާޅައެވެ. ޔޮޓް ޓުއެ ރސ އިން ހުށަހެޅީ "ޕަބްލިކް ލައިބިލް ޓި އިންޝުއަރެންސް" އާ ގުޅިގެން ހުށަހެޅި "ފަޔަރ އިންޝުއަރެންސް ޕޮލިސީ" އެއް ނުވަތަ ވާރޑިނގް އެކެވެ.

29އެލައިޑް އިން ހުށަހެޅް "ފަޔަރ އިންޝުއަރެންސް ޕޮލިސީ" ގައި "ކަވަރރޭޖް" ކަމަށް ބަޔާން ކުރަނީ؛ Coverage Basic Cover (fire, Lightning & Domestic Explosion) Explosion Riot and Strike Malicious Damage AirCraft Impact Damage by road vehicles Damages/Loss due to bursting or overflowing of water tanks, apparatus or pipes Earthquake,Volcaninc Eruption, Hurrican, Cyclone, Typhoon, Windstorm, Tidal waves and Flood Arising Therefrom Flood Theft involving entry to or exit from the premises by forciable and violent means މިފަދައިން ކަމަށްވާއިރު، ޔޮޓް ޓުއަރސްއިން ހުށަހެޅި "ފަޔަރ އިންޝުއަރެންސް ޕޮލިސީ" ގައި "ކަވަރޭޖް" މިހެން ބަޔާންކުރާ ބައެއް ނެތެވެ. ސަބަބެއްކަމަށް ފެންނަނީ، ޔޮޓް ޓުއަރސްގެ ފަރތުނާ ޕޮލިސް ނަންބަރު 101/2014/617 ގެ ގޮތުގައި ހުށަހެޅި "ފަޔަރ އިންޝުއަރެންސް ޕޮލިސީ" އަކީ، "އެމެންޑްމެންޓްސް" އެއް ކަމަށްވާތީއެވެ. މާނައަކީ، ޔޮޓް ޓުއަރސް އިން ހުށަހަޅާފައިވަނީ، ނަންބަރު 101/2014/617 "ފަޔަރ އިންޝުއަރެންސް ޕޮލިސީ" ނުވަތަ އެއްބަސްވުމަށް ގެނެސްފައިވާ "އެމެންޑްމެންޓްސް" އެކެވެ. އެ އެއްބަސްވުމާއި އެއާއި ގުޅޭ ޕޮލިސީ ހުށަހަޅާފައެއްނެތެވެ.

30ޔޮޓް ޓުއަރސް އިން ހުށަހެޅި "ފަޔަރ އިންޝުއަރެން ޕޮލިސީ" ނުވަތަ އެއްބަސްވުމާއި އެއެއްބަސްވުމާއި ގުޅިފައިވާކަމަށް ބުނާ ވާރޑިންގ ނުވަތަ ޕޮލިސީ އާއި އެލައިޑްއިން ހުށަހެޅި "ފަޔަރ އިންޝުއަރެންސް ޕޮލިސީ" ނުވަތަ އެއްބަސްވުމާއި އެއެއްބަސްވުމާއި ގުޅިފައިވާ ވާރޑިންގ ނުވަތަ ޕޮލިސީ އަށް ބަލާއިރު، މިދެ ލިޔުމަކީ އެއްލިޔުމެއްގެ އެއއަޞްލަކުން އުފައްދާފައިވާ ކޮޕއެއީ ނޫން ކަން އެނގެއެވެ. ނަމަވެސް މިދެ ވާރޑިންގ ނުވަތަ ޕޮލިސގައީ ބަޔާނކުރް "ކޮންޑިޝަން" ތަކާއި "ވޮރަންޓީޒް" ތަކާއި "އެޑިޝަނަލް ޕެރިލްސް" ތަކާއި "ސްޕޝެއަލް ކޮންޑިޝަންސް" ތަކާއި "އެކްސެސް ކްލޯޒް" އާ މިހުރިހާ ބައެއްގެ ނައްޞުތައް ދިމާވެއެވެ. ހަމައެކަނި ތަފާތެއް ފެންނާން އޮތީ "ސްޕެޝަލް ކޮންޑިޝަންސް" މިސުރުޚީގެ ދަށުގައި ބަޔާން ކޮށްފައިވާ P07 ގެ ސުރުޚީ ގައެވެ. ޔޮޓް ޓުއަރސް އިން ހުށަހެޅި ޕޮލިސީ ނުވަތަ ވާރޑިންގގެ P07 ގެ ސުރުޚީގައި އޮތީ؛ “P07 EARTHQUAKE, VOLCANIC ERUPTION, HURRICANE, WAVES, CYCLONE, TYPHOON AND WINDSTORM AND FLOOD ARISING THEREFROM” މިފަދައިންނެވެ. ސުރުޚީގައި ބަޔާން ކުރާ ކަންކަމުގެ ތެރޭގައި ހިމެނޭ އެއްކަމަކީ ”WAVES“ އެވެ. މިއާޚިލާފަށް އެލައިޑއިން ހުށަހެޅް ޕޮލިސީ ނުވަތަ ވާރޑިންގގެ ސުރުޚީގައި އޮތީ؛ “P07 EARTHQUAKE, VOLCANIC ERUPTION, HURRICANE, TIDAL WAVES, CYCLONE, TYPHOON AND WINDSTORM AND FLOOD ARISING THEREFROM” މިފަދައިންނެވެ. ސުރުޚީގައި ބަޔާންކުރާ ކަންކަމުގެ ތެރޭގައި ހިމެނޭ އެއްކަމަކީ، ”TIDAL WAVES“ އެވެ. ”WAVES“ އެއް ނޫނެވެ. ޔޮޓް ޓުއަރސއިން ހުށަހެޅް ޕޮލިސީ ނުވަތަ ވާރޑިންގ އާއި އެލައިޑއިން ހުށަހެޅި ޕޮލިސީ ނުވަތަ ވާރޑިންގ ގެ ސުރުޚީގައި މިދެންނެވި ތަފާތު އޮތަސް، އެސުރުޚީގެ ދަށުގައި ލިޔެފައިވާ ނައްޞުގައި ތަފާތެއް ނެތެވެ.

31ޔޮޓް ޓުއަރސއިން އެލައިޑްއަށް ހުށަހެޅި "ޕްރޮޕަޓީ ކ ލެއިމް ފޯމް" ގައި ގެއްލުން ލިބުނު ޙާދިޘާ ކަމަށް ބަޔާން ކުރަނީ، Unusual high swells and subsequent waves during the period“ ”.rival Jettyrwashing onto water villas and a މހެންނި ވެ. ޔޮޓް ޓުއރސަ އިން ދަށް ކޯޓަށް ހުށަހެޅި ދަޢުވާ ފޯމް ގައި ބަޔާން ކުރަނީ " 03 އޯގަސްޓް 2014 އިން 15 ސެޕްޓެންބަރު 2014 އާ ދެމެދު މޫސުމ ވަރަށް ބޮޑަށް ގޯސްވެ، ހަލަބޮލިވެ، ކުރިމަތިވި ގުދުރަތީ ޙާދިޘާއެއްގައި އަލިދޫ ރިސޯޓަށް ބޮޑެތި ގެއްލުންތަކެއް..." ލިބުނު ކަމަށެވެ.

32އެލައިޑްއިން ބަޔާންކުރާ ގޮތުން ގެއްލުން ކަވަރު ކުރާ ޕެރިލްއަކީ، "ޓައިޑަލް ވޭވް" އެވެ. ޔޮޓް ޓުއަރސއިން ހުށަހެޅި ވާރޑިންގ ގައި އޮތް ގޮތަށް "ވޭވް" އަކީ ނަންބަރު: 101/2014/617 "ފަޔަރ އިންޝުއަރެންސް ޕޮލިސީ"ގއ ބަޔާނި ކުރް ޕެރިލ އެއް ނޫނެވެ. މިހާހިސާބުން، ސުރުޚީގައި މިއޮތް ތަފާތުގެ ސަބަބުން، މިދަޢުވާއަށް އެއްވެސް އަސަރެއް ކުރާނެތޯ ނުވަތަ ނޫންތޯ އެއީ ބަލަންޖެހޭ ކަމެއްކަން އެނގެއެވެ. އެހެނީ، ޕޮލިސީގެ ނަން ނުބައިވުމުގެ ސަބަބުން މި ދަޢުވއަށާ އަސަރެއް ނުކުރިނަމަވެސް، ހުށަހެޅި ޕޮލިސީ ގައި ކަވަރު ކުރާނެ ކަމަށް ބަޔާނކުރް ގެއްލުންވުމު ގެ ސަބަބު ނުވަތަ ޕެރިލް އަކީ ކޮބައިކަން ބަޔާނކުރް ޕޮލިސީގެ ވާރޑިންގއާ ދިމާނުވާނަމަ، ޝައްކެތ ނެތް ގޮތުގައި މި ދަޢުވާއަށް އަސަރު ކުރާނެއެވެ. ދަޢުވާ އިޞްލާޙު ކުރުން:

33HN3އެލައިޑއިން ހުށަހެޅް އިޖުރާއީ ނުކުތާ އާއި ގުޅިގެން، ޔޮޓް ޓުއަރސްގެ ފަރާތުން ބުނަނީ އެލައިޑްއިން ދަޢުވާ އިޞްލާޙު ކުރަން ނޭދޭ ކަމަށެވެ. މިބުނުމަށް ބަލާއިރު، ދަޢުވާކުރާ ފަރާތުން ހުށަހަޅާ ދަޢުވާއަށް ބަދަލެއް ގެންނނަ ވެއްޖެނަމަ، ނުވަތަ އުނިއިތުރެއް ހިމަނަން ބޭނުންވެއްޖެނަމަ، އެކަމަކީ ކޯޓުގެ އިޛުނައާއެކު އެދަޢުވާއެއް ހުށަހެޅި ފަރާތުން އުފުލަންޖެހޭ ޒިންމާއެކެވެ. އެއީ ދަޢުވާ ރައްދުވާ ފަރާތުން ނުވަތަ ކޯޓުން އުފުލާންޖެހޭ ޒިންމާއެއް ނޫނެވެ.

34ދަޢުވާ ހުށަހެޅުމުގައި ގޯހެއް ހެދިފައިވާކަނ ޔޮޓް ޓުއަ ރސްއަށް އެނގެއެވެ. ނޫނީ މިގޯސ ދަޢުވް ފޯމުގައި އޮތްކަން ސިވިލް ކޯޓުގެ ނަންބަރު:C/2015-Cv/1794 ޤަޟިއްޔާގެ އިސްތިޢުނާފު ހުށަހެޅިއިރު ޔޮޓް ޓުއަ ރސްއަށް އެނގިފައި ވެއެވެ. އެކަން، ހައިކޯޓަށް ހުށަހެޅި ނަންބަރު: A/229-HC/2016 ޤަޟިއްޔާ އިން އެނގެއެވެ. ނަމަވެސް އެކަން އިޞްލާޙުކޮށްދިނުމަކަށ ޔޮޓް ޓުއަރސްގެ ފަރާތުން އެދިފައެއް ނެތެވެ.

35ދަޢުވާ ހުށަހެޅުމުގައި ޔޮޓް ޓުއަރސްއަށ ގޯހެއް ހެދިފައިވާކަން އެނގިހުރެ، އެކަން އިޞްލާޙުކުރުމަށް ނުއެދި، ދަޢުވާ ފޯމުގައި އޮތީ ގޯސްކޮށްކަނ ދަށް ކޯޓުގައު ފުރަތަމަ މައްސަލަ ބެލި ފަނޑިޔާރަށް އެނގިނުލެއްވިކަމަށް ބުނެ، ފަނޑިޔާރަށް އެކުށް ނިސްބަތްކުރަން ޔޮޓް ޓުއަރސއިން މަސައްކަތް ކޮށްފައިވެއެވެ. ޔޮޓް ޓުއަރސްއިނ ހުށަހެޅް ދަޢުވާގައި ގޯހެއް އޮތްކަން އެނގޭއިރު، އެކަން އިޞްލާޙު ކރުމަށު އެދް ހުށަހެޅުމަކު ޔޮޓް ޓުއަރސްގެ ޒިންމާއެކެވެ. އެއީ ފަނޑިޔާރަށް ނުވަތަ ދަޢުވާ ރައްދުވާ ފަރާތަށް ނިސްބަތް ކުރަންޖެހޭ ކަމެއް ނޫނެވެ.

36ހުށަހެޅިފައި މިއޮތް މައްސަލައިގައި، މިދަޢުވާ ފޯމް އިޞްލާޙުނުކޮށް އޮތް އޮތުމަކީ، މިދަޢުވާ ކުރިއަށް ނުގެންދެވޭނެ ސަބަބެއްކަމަށް ކުރިން ބަޔާންކުރެވުނު ސަބަބުތަކުގެ މައްޗަށް ބިނާކޮށް އަހުރެންނަކަށް ބުރައެއް ނުވެވެއެވެ. އިންޝުއަރެންސް ޕޮލިސީ އިން ކަވރުކުރަ ޕެރިލް )peril(:

37އެލައިޑްގެ ފަރާތުން އިސްތިއުނާފަށް ހުށަހެޅި ދެވަނަ ނުކުތާ އަދި 7 ވަނަ ނުކުތާ ފިޔަވައި ދެންހުރި ނުކުތާތަކުގައި ޢާންމކޮށު ބަޔާން ކުރާ ވާހަކައަކީ، އިންޝުއަރެންސް ފައިސާ ހޯދުމަށް ޔޮޓް ޓުއަރސއިން ކުރި ދަޢުވާގައި، ދަށު ކޯޓުން ފައިސާ ނަގައިދިނުމަށް ޙުކުމް ކޮށްފައިވަނީ، ޔޮޓް ޓުއަރސް އަށް ގެއްލުން ލިބިފައިވަނީ އިންޝުއަރެންސް ޕޮލިސީއިން ކަވަރުކުރާ ކޮން ޕެރިލްއެއްގެ ދަށުންކަން ޔޮޓް ޓުއަރސއިން ހައިކޯޓުގެ ނަންބަރު: A/229-HC/2016 ޤަޟިއްޔާ އިސްތިއުނާފު ކުރަމުން ޔޮޓް ޓުއރސްގަ ފަރާތުން ހުށަހެޅި ހަތަރުވަނަ ނުކުތާއާއި އެނުކުތާގެ ތަފްޞީލުގައި . ސާބިތުކޮށްދީފައި ނުވަނީސް ކަމަށް ބުނާ ބުނުމެ ވެ. އިސްތިއުނާފީ ދެވަނަ ނުކުތާއާއި ގުޅުވައި އެލައިޑއިން ފާހަގަ ކުރަނީ؛

1.37. ޔޮޓް ޓުއަރސް އަށް ލިބިފައިވާ ގެއްލުމަކީ ފަޔަރ އިންޝުއަރެންސް ޕޮލިސީއެއްގެ ދަށުން ކަވަރުކުރާ ޕެރިލްއެއްތޯ އެންމެ ފުރަތަމަ ބަލަންޖެހޭކަމަށެވެ.

2.37. އެ ޕެރިލ އަކް ފަޔަރ އިންޝުއަރެންސް ޕޮލިސީއެއްގެ ދަށުން ރައްކާތެރިކަން ލިބިދޭ ޕެރިލް އެއް ކަމަށްވިޔަސް، ޕޮލިސީގެ ދަށުން އެކި ޕެރ ލްއ ގުޅިގެނާ ބަލަންޖެހޭ ޚާއްޞަ ޝަރުޠުތަކާއި ރައްކާތެރިކަން ލިބޭނެ މިންވަރާއި ރައްކާތެރިކަން ނުލިބޭނެ ޙާލަތްތައް ބަޔާން ކުރާކަމަށެވެ.

3.37. ހަމައެހެންމެ، ބައެއް ޙާލަތްތައް މެދުވެރިވެގެން ލިބޭ ގެއްލުންތަކުގައި، އެސޯސިއޭޓްވާ ޕެރިލްއެއްގެ ސަބަބުން ތަފާތު ގޮތަކަށް ޢަމަލު ކުރުމަށް ޕޮލިސީގައި އެކަށައަޅާފައި ވުމާއި، ބައެއް ޕެރިލްތަކަށް ތަފާތު އެކްސްޓެންޝަންތަކާއި، ތަފާތު އެކްސްކުލޫޝަންތަކާއި ޑިޑަކްޓަބަލްތައް ޕޮލިސީގައި ހިމަނާފައިވާނެ ކަމަށެވެ.

38އެލައިޑްގެ މިނުކުތާއާއި ގުޅިގެން ޔޮޓް ޓުއަރސއިން ފާހަގަކޮށްފައިވަނީ، ޔޮޓް ޓުއރސަ އިން ހުށަހެޅި "ކ ލެއިމް" ބަލައިނުގަތުމަށް އެލައިޑްއިން ފޮނުވި ސިޓީގައި "ޕްރޮކްސިމޭޓް ކޯޒް" އެއް ނެތްކަމަށް ބުނުމުން، ޕެރިލ އެއް އޮތްކަމަށް އެލައިޑްއިނ އެއްބަސްވާކަން އެނގޭކަމަށެވެ. މީގެ އިތުރުން ތިރީގައިވާ ކަންކަން ފާހަގަ ކުރެއެވެ؛

1.38. ޔޮޓް ޓއަރސު އިން ބަދަލް ހޯދުމަށް އެދުނު ގެއްލުންތަކަކީ، ދިގު މުއްދަތެއްގެ ތެރޭގައި ހިނގާފައިވާ ކަމެއްތޯ ނުވަތަ އެއީ 03 އޯގަސްޓް 2014 އިން 15 ސެޕްޓެންބަރު 2014 އަށް ހިނގި މުއްދަތުގައި މޫސުމް ގޯސްވުމުގެ ސަބަބުން ލިބުނު ގެއލުންތަކެއްތޯ ބެލުމަކީ ކ ޒޭޝަނޯ )causation( އަގާ ޅ ކަމެއް ކަމާއި އެއީ އިންޝުއަރެންސް ކަވަރޭޖްއ ގުޅާ ކަމެއް ނޫންކަމަށެވެ.

2.38. އެލައިޑްގެ ދިފާޢަކީ އެއްދުވަހުނ ނުވަތް އެއްފަހަރނު ހިނގާ ޙާދިޘާ އަކަށް ނޫނީ އިންޝުއަރެންސް ޕެރިލްއަކަށ ނުވާނެކަމަށް ދެކޭނަމަ، P07 ގައި ބަޔާނކުރް އެއްވެސް ކަމަކީ، އެއްދުވަހުން ނުވަތަ އެއްފަހަރުން ހިންގަންޖެހޭ ޙާދިޘާއެއްކަމަށ ބަޔާން ކޮށްފައް ނެތްކަމަށެވެ.

3.38. ރާޅު އެރުމަކީ މި ޕެރިލްގެ ތެރެއަށް ވަންނާނެ ކަމެއް ނޫންކަމަށް އެލައިޑްއިން ބުނާއިރު، ސަބަބު ބަޔާން ނުކޮށްދޭކަމަށެވެ.

4.38. ޔޮޓް ޓުއަރސް އިން ދެކެނީ މޫސުމް ގޯސްވުމުގެ ސަބަބުން ރާޅު އަރާ ލިބުނު ގެއްލުމަކީ މީގެ ތެރެއިނު "ފްލަޑް" ގެ ތެރެއަށް ވަންނާނަ ކަމެއް ކަމަށެވެ. ފ ލަޑ އަކް ކޮބައިކަން މާނަކުރުމުގައި ދެމާނައެއް ކުރެވޭނަމަ، އެކަން ޙައްލުކުރަންޖެހޭނީ، contra proferentem ގެ އުޞޫލުން އިންޝުއަރެންސް ޕޮލިސީ ނެގި ޔޮޓް ޓުއޮ ރސ އަށް ފައިދާ ވާގޮތަށް ކަމަށެވެ.

39HN4އެލައިޑް ހުށަހެޅް ނަންބަރު:101/2014/617 "އިންޝުއަރެންސް ޕޮލިސީ"ގެ ދަށުން ކަވަރު ކުރާނެ ގެއްލުންތަކަށާއި، އެލައިޑްއިން ހުށަހެޅި P07 ގެ ވާރޑިންގ އާއި ޔޮޓް ޓުއަ ރސއިން ހުށަހެޅި P07 ވާރޑިނގއަށް ބަލާއިރު، އެވާރޑިންގައި އޮތީ؛ P07 EARTHQUAKE, VOLCANIC ERUPTION, HURRICANE, TIDAL WAVES, CYCLONE, TYPHOON AND WINDSTORM AND FLOOD ARISING THEREFROM Notwithstanding anything contained to the contrary in Condition No 6 of this Policy the insurance by the Policy covers loss or damage (by fire or otherwise) directly caused by (i) earthquake, volcanic eruption (ii) hurricane, cyclone typoon and windstorm and (iii) flood (including overflow of the sea) caused by any of the perils mentioned in (i) and (ii) above subject to the following Excess Clause and Special Conditions Provided always that all the Conditions of this Policy shall apply (except insofar as they may be hereby expressly varied) and that any reference therein to loss or damage by fire shall be deemed to apply also to loss or damage directly caused by any of the perils which this insurance extends to include by virtu of this endorsement. މިހެންނެވެ. މިވާރޑިންގގެ ފެށުމަށް ބާލައިރުވެސ ފުރަތަމަވެސް އޮތް ކޮންޑިޝަން 6 އާޚިލާފު ނުވާނެ ގޮތުގެ މަތިން ކަމަށް ބަޔާން ކޮށްފައެވެ. ވީމާ، P07 ކިޔަން ޖެހޭނީ، ކޮންޑިޝަން 6 އާ އެކުގައެވެ. ކޮންޑިޝަން 6 ގައި ބަޔާން ކުރަނީ؛ CONDITIONS

6. This insurance does not cover any loss or damage occasioned by or through or in consequence, directly or indirectly of any of the following occurrences, namely:- (a) Earthquake, volcanic eruption or other convulsion of nature. (b) Typhoon, hurricane, tornado, cyclone, or other atmospheric disturbance (c) War, invasion, act of foreign enemy, hostilities or warlike operations (whether war be declared or not), civil war. (d) Mutiny, riot military or popular rising, insurrection, rebellion, revolution, military or usurped power, martial law, or state of siege or any of the events or causes which determine the proclamation or maintenace of martial law or state of siege. Any loss or damage happening during the existance of abnormal conditions (whether physical or otherwise) which are occasioned by or through or in consequence, directly or indirectly, of any of the said occurrence shall be deemed to be loss or damage which is not covered by this insurance, except to the extent that the insured shall prove that such loss or damge happened independently of the existence of such abnormal conditions. In any action,suit or other proceeding where the Company alleges that by reason of the provisions of this condition any loss or damage is not covered by this insurance, the bureden of proving that such loss or damage is covered shall be upon the Insured.

40ކޮންޑިޝަން 6 އާއެކު P07 ކިޔާލުމުން، އެނގެނީ، ހުށަހެޅިފައިވާ ދަޢުވާގެ ބޭނުމަށް، މިއިންޝުއަރެންސް ޕޮލިސީގެ ދަށުން ކަވަރު ކުރާ ދެ ޕެރިލްއެއް އޮތް ކަމެވެ . އެއީ "ޓައިޑަލް ވޭވް" އަދި "ފްލަޑް" އެވެ. ނަމަވެސް މި "ޓައިޑަލް ވޭވް" ނޫނީ "ފްލަޑް" ފެށިގެން އަނނަންޖެހެނީ، އަރާ ތ ކުއޭކް، ވޮލްކނިކެ އިރަޕްޝަން، ހަރިކޭން، ސައިކްލޯން، ޓައިފޫން، ވނިޑްސްޓޯމް އަކުންކަން މިއިންޝުއަރެންސް ޕޮލިސީގެ ކަވަރޭޖްއަށް ބެލުމުން އެނގެއެވެ. P07 އާއި ގުޅިގެން ބަޔާން ކުރާ ސްޕެޝަލް ކޮންޑިޝަންތަކުންވެސް މިކަމަށް ބާރު ދެއެވެ. SPECIAL CONDITIONS (1) ....The Company shall not be liable for any loss or damage caused by flood (including overflow of the sea) except when such peril is insured aginst by this policy and is occasioned by earthquake, volcanic eruption, hurricane, cyclone, typhoon or windstorm. (2) This endorsement does not extend the insurance under this policy to cover:- (a) Consequential Loss of any kind other than rent if insured hereby.

41ހަމައެއާއެކު، ކުރިން ބަޔާން ކުރި ކޮންޑިޝަން 6 ގެ )a( އާއި )b( އަށް ބެލުމުން، އަރާ ތ ކުއޭކް، ވޮލްކެ ނިކް އިރަޕްޝަނ ނޫން އެނޫންވެސް ގުދުރަތީ ލޮޅުންތަކާއި، ޓައިފޫން، ހަރިކޭން، ޓޯނާޑޯ، ސައިކްލޯން، ނޫނީ ޖައްވަށް އަންނަ އޭނޫންވެސް ބަދަލުތަކުގެ ސަބަބުން ލިބޭ ގެއްލުންތައް މި އިންޝުއަރެންސް ޕޮލިސު ނ ކަވަރު ނުކުރާނެ ކަން އެނގެއެވެ. މިސާލަކަށް، ވޮލްކެނޯއެއ ގޮވައިގެން ލިބް ގެއްލުމެއް މިއިންޝުއަރެންސް ޕޮލިސީއަކުން ކަވަރެއް ނުކުރެއެވެ. މިއާޚިލާފަށް ވޮލްކަ ނޯއެއ ގޮވައިގެން ކަނޑުގެ ލޮނގަނޑު ބޮޑުވެގެން ގޮސު އުފެދޭ ފލަޑްގް ސަބަބުން ގެއްލުން ވެއްޖެނަމަ، އެއީ މިއިންޝުއަރެންސ ޕޮލިސީން ކަވަރުކުރާނެ ގެއްލުމެކެވެ. ހަމައެހެންމެ، މިއި ންޝުއަރެންސް ޕޮލިސީގައި ބަޔާންކުރާ ކަވަރޭޖްގެ ތެރޭގައި ހިމެނޭ ކަމެއް ކުރމަތިވެގެނި އުފެދޭ ޓައިޑަލް ވޭވް ގެ ސަބަބުން ލިބޭ ގެއްލުންވެސް ކަވަރު ކުރާނެއެވެ. މިއާޚިލާފަށް، މިސާލެއްގެ ގޮތުން، ވޮލްކނޯއެއް ގޮވީއެވެ. ނަމަވެސް ގެއްލުން ލިބުނީ، އެގޮވުމުގެ ސަބަބުން ހިނގި ކަރަންޓް ސ ޓެއްގެ ސަބަބުން ރޯވި އަލިފާނަކުންނެވެ. މިޙާލަތުގައި ކޮންޑިޝަން 6 ގައި ބަޔާން ކުރަނީ، އެލިބުނު ގެއްލުމަކީ، އެ ވޮލްކނެ ގޮވުމާއި މުޅިން ވަކިން މިނިވަންކޮށް ހިނގި ހާދިޘާއަކުނ ލިބުން ގެއްލުމެއްކަން، އިންޝުއާރޑް ސާބިތުކޮށްދީފިނަމަ، އެގެއްލުމެއް މިޕޮލިސީން ކަވަރު ކުރާނެއެވެ.

42ހަމަ އެހެންމެ މިނުކުތާއަށް އިތުރަށް ބާރދު އަނެއް ކަމަކީ، P07 ގެ )iii( ގައި ބަޔާން ކުރާ flood“ (”of the sea including overflow( އަކީ "ވޭވް" ނުވަތަ "ޓައިޑަލް ވޭވް" ގެ ސަބަބުން ކުރިމަތިވާ ކަމަކަށް ވާންޖެހޭނެ ކަމަށް ނެތުމެވެ. އޭގައި އޮތީ، އެ ފުލޑަ ކުރިމަތިވި ސަބަބެއް ކަމުގައި ވާންޖެހޭނީ، P07 ގެ )i( އަދި )ii( ގައި ބަޔާން ކުރާ "ޕެރިލްސް" ތަކުގެ ތެރެއިން ކަމެއްގެ ސަބަބުން ކުރިމަތިވާ ފުލަޑް އަކަށެވެ. ބަޔާންވެދިޔަ P07 ގެ )i( ގައި ބަޔާން ކުރަނީ، "އާ ރ ތްކުއޭކް"، "ވޮލްކނިކެ އިރަޕްޝަން" އެވެ. އަދި )ii( ގައި ބަޔާން ކުރަނީ، "ހަރިކޭން"، "ސައިކްލޯން"، "ޓައިފޫން" އަދި "ވންޑްސްޓޯމް" އެވެ. ޔޮޓް ޓުއަރސް އިން ހުށަހެޅި ކްލެއިމް ގައި، "އަރާ ތ ކުއޭކް"، "ވޮލްކނެ ކްއިރަޕްޝަން" ނޫނީ "ހަރިކޭން"، "ސައިކްލޯން"، "ޓައިފޫން" އެއްގެ ސަބަބުން އުފެދިގެންދިޔަ ފލަޑެއް ކަމަށް ބަޔާނެއް ނުކުރެއެވެ. ދެން އޮތީ، އެއީ "ވިންޑްސްޓޯމް" ނުވަތަ ކޮޅިގަނޑެއްގެ ސަބަބުން ކރިމަތިވު ފލަޑެއްތް ނުވަތަ އެރި އުދައެއްތޯ ބެލުމެވެ. ކުރިން ބަޔާންކުރި ފަދައިން، ޔޮޓް ޓއަރސު އިން ހުށަހެޅި "ޕްރޮޕަޓީ ކްލެއިމް ފޯމް" ގައި ބަޔާން ކޮށްފައިވަނީ؛ Circumstances of loss or damage Nature of loss of damage Structural damage to water villas and Jetty. Date and Time 15-Sep-14 Place where the event occurred 2 - wings of water villas and arrival Jetty State fully the event occurred Unusual high swells and subsequent waves during the period washing onto water villas and arival Jetty when and by whom discovered 15- September 2014 Mohamed Azeem Operation manager. If known, state name and address of person causing the loss or damage މިފަދައިންނެވެ. ވީމާ، މިއީ "ވިންޑްސްޓޯމް" އެއް ނުވަތަ ކޮޅިގަނޑެއް ގެ ސަބަބުން ކުރިމަތިވީ އުދަ )swell( އެރުމެއ ކަމެއް އަދި ރާޅު )wave( އެރުމެއް ކަމަށް ޔޮޓް ޓުއަރސް އަކުން ބަޔާނެއް ނުކުރެއެވެ. އަދި އެކަން ސާބިތެއްވެސް ނުކޮށްދެއެވެ.

43ހަމަ މިނުކުތާގައި ފާހަގަ ކުރަންޖެހޭ އަނެއް ކަމަކީ، P07 ގައި ބަޔާންކުރާ "ފލަޑް" އަކް P08 ގައި ބަޔާން ކުރާ "ފލަޑް" އާ ގުޅުން ހުރި ފ ލަޑެއ ނޫން ކަމެވެ. އެކަން އެނގެނީ P08 ގައި މިފަދައިން ބަޔާންކުރާތީ އެވެ؛ “P08 FLOOD The insurance under this Policy extends to include loss of or damage to… but excluding (i) Loss or damage by flood caused by earthquake, volcanic eruption, hurricane, cyclone, typhoon or windstorm”… އެ ހެންކަމުން، އަރާ ތ ކުއޭކް، ވޮލްކެ ނިކް އިރަޕްޝަން، ހަރިކޭން، ސައިކްލޯން، ޓައިފޫން ނޫނީ ވިޑްސްޓޯމް އަކުން ކުރިމަތިވާ ފލަޑް P08 ގައި ނުހިމެނޭނެތީ، ޔޮޓް ޓުއރސައިނ ކުރް ދަޢުވާގައި ހިމެނޭ "ފްލަޑް" އާއި P08 ގައި ބަޔާންކުރާ "ފ ލަޑް" އަކީ އެކައްޗެއ ނޫންކަން ސާފެވެ.

44ވީމާ، ޔޮޓް ޓުއރސްއިނަ ހުށަހެޅް ނަންބަރު:101/2014/617 "ފަޔަރ އިންޝުއަރެންސް ޕޮލިސީ" ނުވަތަ އެއްބަސްވުމާއި އަދި "ޕަބްލިކް ލައިބިލިޓީ އިންޝުއަރެން ޕޮލިސް" އެއްބަސްވުމއެކާ ޔޮޓް ޓުއަރސއިން ހުށަހެޅި "ފަޔަރ އިންޝުއަރެންސް ޕޮލިސީ" ނުވަތަ ވާރޑިނގއް އާ އެލައިޑްއިނ ހުށަހެޅް ނަންބަރު: 101/2014/617 "ފަޔަރ އިންޝުއަރެންސް ޕޮލިސީ" އެއްބަސްވުމާއި "ފަޔަރ އިންޝުއަރެންސް ޕޮލިސީ" ނުވަތަ ވާރޑިންގގެ ޞރުޚީގައި "ވޭވް" އަދި "ޓައިޑަލް ވޭވް" މި ތަފާތު އޮތްނަމަވެސް، ޔޮޓް ޓުއަރސަ އިން ބަޔާންކުރާ "ފލަޑް" ވާންޖެހޭނީ ކޮން ސަބަބާހެދ ކުރިމަތިވި "ފްލަޑް" އެއްކަމާމެދު ދެފަރާތުން ހުށަހެޅި ޕޮލިސީ ނުވަތަ ވާރޑިންގގެ ނައްޞަށް ނުވަތަ ކޮންޓެންޓަށް ބަލައި ކިޔާލުމުން، އޮޅުން އަރާނެ ތަނެއް ނެތެވެ. އިންޝުއަރެންސް އެއްބަސްވުން ތަރުޖަމާކުރުން:

45HN5އިންޝުއަރެންސް ޕޮލިސީއެއްގެ މާނަ ސާފުކޮށް ފެންނނާ އޮތުމާއިއެކު، ކިޔައިދޭ ޙާދިޘާގެ ޙަޤީޤަތް ސާފުނުވާނަމަ، ދެން ބަލަންޖެހޭނީ ސާބިތުކޮށްދިނުމުގެ ބުރަ އުފުލާންޖެހޭ ގޮތުގެ މައްޗަށެވެ. އިންޝުއަރެންސް ޕޮލިސީގައި ބުނާ އެއްޗެއްގެ މާނަ ސާފުނުވެ ނަމަ، އެމައްސަލައެއްގެ ވަޤޢިއާތަކުން ފެންނަ އެއްޗަކަށް ގޮތެއް ނިންމުމުގެ ކުރިން އެޕޮލިސީގައި ބުނާއެއްޗެއް ސާފުވާންޖެހެއެވެ. އިންޝުއަރެންސް އެއްބަސްވުމަކަށް ކޯޓުން ތަރުޖަމާއެއް ދޭން ފަށަންޖެހޭނީ މިހިސާބނު ނެވެ. އިންޝއަރެންސު ޕޮލިސީއެއް ތަރުޖަމާކުރުމުގައި، ބޭނުންކުރާ ތަފާތު އުޞޫލުތަކަށް ރިޢާޔަތްކޮށް ޖުމްލަކޮށް އެއުޞޫލަކީ ކޮބައިކަން ބުނާނަމަ ބުނެވޭނީ، އިންޝުއަރެންސް ޕޮލިސީއެއް ކޯޓުން ތަރުޖަމާކުރުމުގައި އަމާޒުހިފާންވާނީ، އިންޝުއަރެންސް އެއްބަސްވުމުގެ ބައިވެރިންގެ އަޞްލު ނިޔަތށަ ބާރުދެވޭ ތަރުޖަމާއެއް ހިފުމުގެ މައްޗަށެވެ. މިއީ އެއްބަސްވުންތައް ތަރުޖަމާކުރުމުގައި ބަލަންޖެހޭ ހަމައެވެ. އިންޝުއަރެންސް ޕޮލިސީއަކީ ފުރަތަމަވެސް އަދި އަބަދުވެސް އެއްބަސްވުމެކެވެ. އިންޝުއަރެންސް ޕޮލިސީއެއްގެ ބަސްމަގަކީ ސާފު ބަސްމަގެއްނމަ، ކޯޓުން އަދާކުރާނެ ދައުރަކީ އެބަސްމަގަށް ބާރުދިނުމެވެ. އޮޅު މެއްނެތް ބަސްމަގަކަށް އޮޅުން އަރާނެ ތަރުޖަމާއެއް ދިނުމަކީ ކޯޓުގެ ދައުރެއް ނޫނެވެ. ތަރުޖަމާކުރުމުގެ ހަމަތަކުގެ ތެރެއިން ހަމައެއް ބޭނުންކޮށްގެން ތަރުޖަމާކުރަން ޖެހޭނީ، ކުރިން އޮތް އޮޅުމެއް ފިލުވުމަށެވެ. އިސްތިއުނާފު ކުރެވިފައިވާ މިމައްސަލައިގައި، ޔޮޓް ޓުއަރސައިން ބަޔާންކުރާ ފަދައިން ކޮންޓްރާ ޕްރިފަރެންޓމް އުޞޫލަ ނ މާނައެއް ދޭންޖެހޭ އޮޅުމެއް ނެތެވެ. ޔޮޓް ޓުއަރސްގެ ޒިންމަ އަކީ، ޔޮޓް ޓުއާ ރސ އިން ބަޔާނކުރް "ފްލަޑް" އެއީ، P07 ގައި ބަޔާން ކުރާ "ޕެރިލް" ގެ ތެރެއިން ކުރިމަތިމަތިވި ޕެރިލްއެއްކަން ފުރަތަމަވެސް ސާބިތު ކޮށްދިނުމެވެ.

46ދަށު ކޯޓުނު އެލައިޑްގެ މައްޗަށް އިންޝުއަރެންސް ފައިސާ ދެއްކުމަށް އަންގާފައިވަނީ، ޔޮޓް ޓުއރސަ އިން އުފުލާންޖެހޭ މި ޒިންމާ އުފުލާފައި ނުވަނީހެވެ. އުދަ އަރައިގެން ލިބުނު ގެއްލުމެކޭ ބުނުމަކުން، ނުވަތަ މޫސުން ގޯސްވެ ހަލަބޮލިވުމުގެ ސަބަބުން ރާޅު އަރައިގެން ލިބުނު ގެއްލުމެކޭ ބުނުމަކުން ނުފުދެއެވެ. އެ އުދައަކީ، ނޫނީ އެރާޅަކީ އިންޝުއަރެންސް ޕޮލިސީގައި ބަޔާންކުރާ ޕެރިލްއަކާއ ގުޅިގެނި އެރި އުދައެއްކަން ނޫނީ އެރާޅަކީ އިންޝުރެންސް ޕޮލިސީއާއި ގުޅިފައިވާ ޕެރިލްއކާއ ގުޅިގެނި އެރި ޓައިޑަލް ވޭވަ އެއްކަން ސާބިތު ކޮށްދޭން ޖެހޭނެއެވެ.

47ރާޅަކީ އަބަދުވެސް އަރައި ފައިބަމުން ދާ އެއްޗެކެވެ. އެއީ ކަނޑުގެ ސަތަހައިގައ ހިނގި ވައިރޯޅީގެ ސަބަބުން އުފެދޭ ރާޅެއ ކަމަށް ވެދާނެއެވެ. ނޫނީ އިރާއި ހަނދުގެ ދައުރުވުމާއި ގުޅިގެން ބިމަށް އެދަމާބާރުގެ ސަބަބުން އުފެދިގެންދާ ދިޔަވާރާއި ގުޅިފައިވާ ރާޅެއ ކަމަށްވެސް ވެދާނެއެވެ. މިމައްސަލައިގައި ޔޮޓް ޓުއަރސއިން ސާބިތުކޮށްދޭންޖެހޭ ޙަޤީޤަތަކީ، ރާޅު އެރުމެއް ނޫނެވެ. ޔޮޓް ޓުއަރސް އިން ސާބިތުކޮށްދޭންޖެހޭ ކަމަކީ، އުފެދިގެން ދިޔައީ ފުލް ޑް އެއް ކަމަށް ބުނާނަމަ، އެފް ލަޑ އުފެދިގެން ދިޔަ ސަބަބަކީ އިންޝުއަރެންސް ޕޮލިސީގައި ބަޔާނކުރް ސަބަބަކާ ގުޅިގެނާ އުފެދުން ފލަޑްއެއް ކަމެވެ. އެއީ ރާޅު އެރުމެއ ނުވަތް އުދައެއް ކަމަށް ބުނާނަމަ، އެއީވެސް އިންޝުއަރެންސް ޕޮލިސީގައި ބަޔާންކުރާ ސަބަބަކާ ގުޅިގެން އުފެދިގެންދޔި "ޓައިޑަލް ވޭވް" އެއް ކަމެވެ. ސަބަބަކީ، ކިތަންމެ ގިނަ ނުވަތަ ބޮޑު ރާޅެއް އަރައިގެންވިޔަސް ރާޅު އަރައިގެން ލިބޭ ގެއްލުންތަކަކީ، ނަންބަރު:617/2014/101 އިންޝުއަރެންސް ޕޮލިސީ ނުވަތަ އެއްބަސްވުމުގެ ދަށުން ކަވަރުކުރާ ޕެރިލ އެއް ނޫނެވެ. މި އިންޝުއަރެންސް ޕޮލިސީން ކަވަރު ކުރަނީ، "އަރާ ތްކުއޭކް"، "ވޮލްކނިކެ އިރަޕްޝަން" އަދި "ހަރިކޭން"، "ސައިކްލޯން"، "ޓައިފޫން" އަދި "ވިންޑްސްޓޯމް" މިއިން ސބަބަކާއަ ގުޅިގެން ކުރިމަތިވާ ފ ލަޑ ނުވަތް ޓައިޑަލް ވޭވ އިން ލިބް ގެއްލުމާއި ހަލާކު ކަމަށްވާތީއެވެ. ދަޢުވާ ސާބިތު ކުރުމުގެ ބުރަ:

48އެލައިޑްގެ ފަރާތުން ހުށަހެޅި އިސްތިއުނާފީ ތިންވަނަ ނުކުތާގައި ބަޔާންކުރަނީ، ދަޢުވާ ސާބިތު ކުރުމުގެ ބުރަ އެލައިޑްގެ މައްޗަށް ފުރޮޅާލާފައވާ ކަމަށެވެ. މިގޮތުން، ޔޮޓް ޓުއަރސްއިން ބަޔާންކުރާ މުއްދަތުގައި ޔޮޓް ޓުއަރސްއިނ ބުން ގެއްލުން ޔޮޓް ޓުއަރސްއަށ ނުވާކަން ސާބިތުކޮށްދޭން ޖެހުނީ އެލައިޑއަށް ކަމަށެވެ. މިނުކުތާގައި އެލައިޑްއިނ އިތުރަށް ފާހަގަ ކޮށްފައިވެއެވެ؛

1.48. ޔޮޓް ޓުއރސަ އާއް އެލައިޑް އާ ދެމެދު ވެފައިވާ ނަންބަރު:617/2014/101 "ފަޔަރ އިންޝުއަރެންސް ޕޮލިސީ" އަކީ، "ނޭމްޑް ޕެރިލް" ޕޮލިސީ އެކެވެ. އެއީ، "އޯލް ރިސްކް" ޕޮލިސީ އެއް ނޫނެވެ. ވީމާ، އިންޝުއަރެންސްއިނ ބަދަލް ދޭންޖެހޭނީ، އެޕޮލިސީގައ ބަޔާނި ކުރް "ޕެރިލް" އަކުން ލިބޭ ގެއްލުމަށެވެ. އެކަން ޔޮޓް ޓއުރސްއިނ ސާބިތް ނުކޮށްދޭ ކަމަށެވެ.

2.48. މަދަނީ މައްސަލަތަކުގައި ދަޢުވާ ސާބިތު ކުރުމުގެ ބުރައަކީ ޢާންމު އުޞޫލުން ދަޢުވާ ކުރާ ފަރާތުގެ ޒިންމާއެއް ކަމަށެވެ. ވަކިވަކި ދަފުޢު ތަކުގައި އެދަފުޢެއް ކުރިމަތި ކުރާ ފަރާތުގެ ޒިންމާއެކެވެ. މިއުޞޫލާއި ޚިލާފަށް ޔޮޓް ޓުއރސައިން ހުށަހެޅި، އެމް.ޓީ ހޯގރާ ޑްގެ ރިޕޯޓް، ނަފީ ކުރެވޭފަދަ ކާފީ ހެކި އެލައިޑް އިން ހުށަހަޅާފާ ނެތްކަމަށް ބުނެފައިވާ ކަމަށެވެ. އެމް.ޓީ. ހޯގރާ ޑް އިން ތައްޔާރު ކުރާ ރިޕޯޓްގައި، އިންޝުއަރެންސް ޕޮލިސީގައި ބަޔާންކުރާ ޕެރިލް އެއްގެ ސަބަބުން، އަލިދޫ ރިސޯޓަށް ލިބުނު ގެއްލުން ތަކެއްކަމަށް ބަޔާންނުކުރާ ކަމަށެވެ. އެރިޕޯޓަކީ އަލިދޫ ރިސޯޓްގެ މޫދު ކޮޓަރިތައް އަލުން ހެދުމަށް ދާނެ އެސްޓިމޭޓެއްގެ އަގު ހުށަހެޅި ރިޕޯޓެއް ކަމަށެވެ.

49އެލައިޑްގެ މިނުކުތ އާއާ ގުޅިގެން، ޔޮޓް ޓުއި ރސްއިން ބުނެފައިވަނީ، އިނަ ޝުއަރެންސް މައްސަލަތަކުގް އ، ޢާންމު ޙާލަތުގައި، އިންޝުއާރޑް ޕެރިލްއެއްގެ ސަބަބުން ގެއްލުމެއް ލިބިފައިވާކަމާއި، އެ ގެއްލުމުގެ ޕްރޮކްސިމޭޓް ކޯޒް އަކީ އިންޝުއާ ރޯޑް ޕެރިލްއެއްކަނ ސާބިތް ކޮށްދިނުމުގެ ބުރަ އޮންނަނީ އިންޝުއަރޑްއަށް ކަމަށެވެ. ނަމަވެސް ގެއްލުމުގެ މިންވަރު ސާބިތު ކޮށްދިނުމުގެ ބުރަ އިންޝުއާރޑްއަށް ނޯންނަކމަށެވެ. މީގަ އިތުރުން ޔޮޓް ޓުއަރސއިން ފ ހަގާކުރި ކަންކަމުގެ ތެރޭގައި؛

1.49. ވީ ގެއްލުމުގެ ބަދަލުގެ މިންވަރަކީ އާންމު ގޮތެއްގައި އިންޝުއަރަރ ކުރާ ސާރވޭ އަކުން ކަނޑައާޅާ އެއްޗެއް ކަމަށެވެ. މިގޮތުން ކުރާ ސާރވޭގައި ގެއްލުމުގެ ޕްރޮކްސިމޭޓް ކޯޒް އަކީ އިންޝުއަރޑް ޕެރިލް އެއް ނޫންނަމަވެސް އަދި ލައިބިލިޓީއަށް އެއްބަސްނުވާނަމަވެސ ބެސްޓް ޕްރެކްޓިސް އަކް ގެއްލުން ވަޒަން ކުރުން ކަމަށެވެ.

2.49. އެލައިޑްގެ ފަރާތުން ކުރި ސާރވޭގައި އިންޝުއަރެންސް ލައިބިލިޓީއަށ އިންކާރުކޮށް ގެއްލުން ވަޒަން ކޮށްފައި ނެތް ކަމަށެވެ. ވީމާ، ކޯޓުން ބުރަވާންޖެހޭނީ، ގެއްލުމުގެ މިންވަރު އެންމެ ރނަ ގަޅަށް ވަޒަން ކޮށްފައިވާ ސާރވޭ ރިޕޯޓަކަށް ކަމަށެވެ. ޔޮޓް ޓުއަރސްއިނ ވަޒަން ކުރް ގެއްލުމުގެ މިންވަރަކީ ރަނގަޅު މިންވަރެއް ނޫންކަމަށް އެލައިޑްއިނ ސާބިތް ނުކޮށްދޭނަމަ، ތިންވަނަ ފަރާތެއްގެ ހައިޞިއްޔަތުން ބަދަލުގެ މިންވަރާމެދު ކޯޓަކަށް ގޮތެއް ނުނިންމޭނެ ކަމަށެވެ.

3.49. އެލައިޑް އިން ހުށަހެޅި ޖޭބީ ބޯޑާ ސާރވޭ ރިޕޯޓަށް ބަލާއިރު، މިސާވޭޔަރުން ސާވޭކޮށްފައިވަނީ ޙާދިޘާ ހިނގިތާ 01 މަސް ފަހުން ކަމަށެވެ. މި މުއްދަތުގައި ތަނުގެ ސްޓްރަކްޗަރ ހުންނާނީ އިތުރު ކޮރޯސިވް މާއްދާތަކަށް ހުށަހެޅިފައި ކަމަށެވެ. ވީމާ، މިމުއްދަތުގައި ކުދިކުދި ރެދުތައް ޑިވެލޮޕްވެ ގިނަދުވަސްވީ ރެދުތަކެއްކަމަށ ފެނުން އެކަށީގެންވާ ކަމަށެވެ.

4.49. ޖޭބީ ބޯޑަރ ގެ ރިޕޯޓަށް ބަލާއިރު، ލިބުނު ގެއްލުމާއި އެގެއްލުމުގެ ސަބަބު ދެނެގަތުމުގެ ބަދލުގައަ ވަކި ފަރާތަކަށް ބުރަވެ ކަންކަން ފާހަގަކޮށްފައިވާކަން ފާހަގަ ކުރެވޭކަމަށް ޔޮޓް ޓުއަރސއިން ބުނެއެވެ. އިންޝުއަރެންސް ކަވަރޭޖް ކުލެއިމް އެއްގައި ސާބިތު ކުރުމުގެ ބުރަ އޮތް ގޮތް:

50ލިބިފައިވާ ގެއްލުންތަކަކީ، އިންޝުއަރެންސް އެއްބަސްވުމެއްގެ ދަށުން ކަވަރުކުރާ ނުވަތަ ރައްކާތެރިކަން ލިބިދެވިފައިވާ ގެއްލުންތަކެއްތޯ ކަނޑައެޅުމުގެ ގޮތުން ސާބިތުކޮށްދިނުމުގެ ބުރައަކީ، އިންޝުއަރާރ އާއި އިންޝުއާރޑް އާ ދެމެދު ބެހިގެންދާ ބުރައެކެވެ. އިންޝުއަރ ކޮށްފައިވާ އެއްޗަކަށް ނުވަތަ މުދަލަކަށް ހަލާކެއް ނުވަތަ ގެއްލުމެއް ވެގެން ގޮސްފައިވަނީ، އިންޝުއަރކުރެވިފައިވާ ޕެރިލްއަކުންކަން ފުރަތަމަ ސާބިތުކޮށްދިނުމަކީ އިންޝުއާރޑްގެ ޒިންމާ އެކެވެ. މިމަރުޙަލާގައި، އިންޝުއަރޑް ބަޔާންކުރާ ގެއްލުންލިބުނު އެއްޗާއި ޕެރިލްއަކީ އިންޝުއާރކުރެވޭ އެއްބަސްވުމުގެ ދާއިރާގެ ތެރޭގައި ހިމެނިފައިވާންޖެހޭނެ ދެކަންތަކެވެ. އެހެންނޫނީ، އިންޝުއަރެންސް ޕޮލިސީގެ ދަށުން އިންޝުއާރޑައަށް ކުރެވޭނެ ދަޢުވާއެއް ނޯންނާނެއެވެ.

51އުޞޫލެއްގެ ގޮތުން، އިންޝުއަރެންސްއެއްގެ ކަވަރޭޖ ނުވަތް އިންޝުއަރެންސް އަކުން ރައްކާތެރިކަން ލިބިދެވޭނީ ކޮންކަންކަމަށްތޯ ކަނޑައެޅިގެންދަނީ ތަފާތު ދެ ކަމެއްގެ މައްޗަށް ބެލިގެންނެވެ. އެއީ، އިންޝުއަރެންސް އެގްރީމެންޓް އާއި އޭގައި ހިމެނޭ އެކްސްކުލޫޝަން ތަކެވެ. އިންޝުއަރެންސް އެގްރީމެންޓްއަކީ، ރައްކާތެރިކަން ލިބިދެވޭނެ ކަންކަމަކީ ކޮބައިކަން ބަޔާންކުރާ އިންޝުއަރެންސް ޕޮލިސީގެ ބައެކެވެ. މީގެ ތެރޭގައި ހިމެނެނީ، އެއިންޝުއަރެންސްގެ ދަށުން އިންޝއު ރަރަ ޒިންމވާނާ ތަކެއްޗާއި ޕެރިލްސް ތަކާއި އެކަންކަމާއި ގުޅޭ ޝަރުޠުތައް ބަޔާންކޮށްދިނުމެވެ. އެކްސްކުލޫޝަންސް ތަކަކީ، އިންޝުއަރެންސް ޕޮލިސީގެ ދަށުން ސީދާ ގޮތުންވިޔަސް އަދި ނުސީދާގޮތުންވިޔަސ ރައްކާތެރިކަން ލިބިނުދެވޭނެ ތަކެއްޗާއި ޕެރިލްސްތަކެވެ. އެކްސްކުލޫޝަންތަކަކީ، އިންޝުއަރަރގެ ފަރާތުން ޒިންމާނެކި ކަންކަމުގެ ތެރޭގައި ހިމެނުމުގެ ފުރުޞަތު އޮތްކަމެއް ކަމަށް ފުރަތަމަ ނަޒަރުން ބަލާއިރު ޤަބޫލު ކުރެވުނުނަމަވެސް އެކަންކަމަކީ އިންޝުއަރެންސް ޕޮލިސީން ބޭރުވެގެންވާ ކަންކަމެވެ. އިންޝުއަރެންސް ޕޮލިސީގައި ބަޔާނު ކުރާ އިސްތިސްނާ ޙާލަތެއްކަން ސާބިތުކުރުން:

52ގެއްލުން ލިބުނު ކަމަށް ބަޔާންކުރާ އެއްޗަކާއި ޕެރިލ އަކް އިންޝުއަރެންސް ޕޮލިސީން ކަވަރކުރު ކަމެއްކަން މަދަނީ މިންގަނޑަށް އިންޝުއާރޑް ސާބިތުކޮށްދިނުމުން، އެލިބުނު ގެއްލުމަކީ، އިންޝުއަރެންސް ޕޮލިސީގައި ސީދާ ބަޔާންކުރާ އެކްސްކުލޫޝަނެއްގެ ސަބަބު ން ކަވަރު ނުކުރާނެ ގެއްލުމެއްކަން ސާބިތުކޮށްދިނުމަކީ އިންޝުއަރަރގެ ޒިންމާއެކެވެ. މިޒިންމާވެސް އުފުލާންޖެހޭނ މަދަނީ މިންގަނޑަށެވެ.

53އިންޝުއަރެންސް ޕޮލިސީގައި ބަޔާންކުރާ ޕެރިލް އެއްގެ ދަށުން ގެއްލުން ސާބިތުކޮށްދިނުމާއި އެކު، އެ ލިބުނު ގެއްލުމަކީ، އެޕޮލިސގައި ބަޔާނީ ކުރާ އިސްތިސްނާއެއް ނުވަތް އެކްސްކްލޝަނެއްގެ ތެރޭގައި ހިމެނޭ ކަމެއޫ ނޫންކަން ސާބިތު ކުރުމުގެ ޒިންމާ ކުރިން އޮތީވެސ އިންޝުއާރޑް އަށެވެ. ނަމަވެސް އިންޝުއަރެންސް ޤާނޫނުގައި ޢަމަލު ކުރަމުންދިޔަ މިއުޞޫލު ވަނީ ބަދަލު ވެފައެވެ. ވީމާ، އިންޝުއާ ރޑްގެ ފަރާތުން، ފުރަތަމަ ސާބިތުކޮށްދޭންޖެހޭ ޒިންމާ އުފުލުމުން، އެގެއްލުމަކީ ޕޮލިސީގައި ހިމެނޭ އިސްތިސްނާއެއް ނުވަތަ އެކްސްކުލޫޝަނެއްގެ ތެރޭގައި ހިމެނޭ ކަމެއްކަން ސާބިތު ކޮށްދިނުމުގެ ބުރަ އުފުލާންޖެހޭނީ އިންޝުއަރަރއަށް ކަމަށް ކަނޑައެޅިފައި ވެއެވެ.

54ހުށަހެޅި ފައިވާ މައްސަލައިގައި، ޔޮޓް ޓުއަރސްގެ ފަރާތުން ފުރަތަމަ އަދާކުރަންޖެހޭ ސާބިތުކުރުމުގެ ޒިންމާ އަދާކޮށްފައެއް ނެތެވެ. އެހެނީ، އަލިދޫ ރިސޯޓަށް ލިބުނުކަމަށް ބުނާ ގެއްލުންތަކަކީ، ނަންބަރު:617/2014/101 އިންޝުއަރެންސް ޕޮލިސީގައި ބަޔާން ކުރާ، މިރިޕޯޓުގައި ކުރިން ބަޔާނކޮށްދީފައިވް ޕެރިލް ތަކުގެ ތެރެއިން، ކޮން ޕެރިލްއަ ކާއި ގުޅިފައިވާ ގެއްލުންތަކެއކަން ސާބިތެއް ނުކޮށް ދެވެއެވެ. އަދި ކިއެއްތަ! އެއީ އިންޝުއަރެންސް ޕޮލިސީގައި ބަޔާންކުރާފަދަ ސަބަބާ ގުޅިގެން، ރާޅެއ ނުވަތް އުދައެއ އަރައިގެން ނޫން ފުލަޑ ވެގެން ދިމާވި ކަމެއްކަން ސާބިތެއް ނުކޮށް ދެވެއެވެ. ޔޮޓް ޓުއަރސްއިނ ހުށަހެޅް ހުށަހެޅުންތަކަށް ބެލުން:

55އަލިދޫ ރިސޯޓުން 15 ސެޕްޓެންބަރު 2014 ގައި އިންސޑެނިޓަލ ރިޕޯޓެއް ހަދާފައި ވެއެވެ. އެރިޕޯޓްގެ ސުރުޚީ ގައި ބަޔާންކުރަނީ HIGH SWELLS AND DAMAGES ON J RESORT“ ”ALIDHOO ކަމަށެވެ. މިޙާދިޘާ ހިނގި ތާރީޚު/ މުއްދަތު، ކަމަށް ބަޔާން ކުރަނީ، 30 އޮގަސްޓް - 15 ސެޕްޓެންބަރު 2014 ކަމަށެވެ. ޙާދިޘާގެ ބާވަތެއްގެ ގޮތުގައި ލިޔފައިވަނެ Unusual high swells“ and subsequent waves during the period washing onto water villas and arrival ”jetty މިހެންނެވެ. މޫސުން އޮތް ގޮތް ކަމަށް ބަޔާންކޮށްފައިވަނީ The period from 30 July to“ 15 August 20014 saw unsual and high swells around the region with unusual ”.high tides މިފަދައިންނެވެ. ގެއްލުމުގެ ބާވަތް ކަމަށް ބަޔާން ކުރަނީ؛ އަހަރު ބަޔާން ކުރުމުގައި "0" އިތުރުވެފައިވާކަމަށް ބެލެވެއެވެ. “Structural damages to some water villas including large and small cracks on a number of water villas and prominently in the toilet area. Cracks visible both outside and inside walls, concrete beams and columns, physical damage to walls and ceilings. Some rooms with broken glass sliding doors and one room burnt due to electrical shortage from an air-condition.”

56HN6މިހާދިޘާ އާއިގުޅިގެން، ޔޮޓް ޓުއަރސް އިން ފުރަތަމަ ކުރަންޖެހޭ ކަމަކީ، މިކަން އެލައިޑްއަށް އެންގުމެވެ. މި ޙާދިޘާ ހިނގިކަމަށް ބުނަނީ 03 އޯގަސްޓް 2014 އިން 15 ސެޕްޓެނބަރް 2014 އަށެވެ. އެހެންކަމުން، ޔޮޓް ޓުއަރސްގެ ފަރާތުން، އެންމެ ލަސްވެގެން 16 ސެޕްޓެންބަރު 2014 ގައި މިޙާދިޘާގެ މަޢުލޫމާތު އެލައޑްއަށި ދީފއަ އޮންނާންޖެހެއެވެ. ސަބަބަކީ، ނަންބަރު:617/2014/101 "ފަޔަރ އިންޝުއަރެންސް ޕޮލިސީ" ގެ 11 ވަނަ ކޮންޑިޝަންގައި އެއްވެސް ގެއްލުމެއް ނުވަތަ ހަލާކެއް ކުރިމަތިވެއްޖެނަމަ، އެކަން ވަގުތުން ވަގުތަށް )forthwith( އެލައިޑއަށް އެންގުމަށް ޔޮޓް ޓުއރސްއަށް ލާޒިމަ ކޮށްފައިވާތީއެވެ. މިކަން މިހެން ކުރަންޖެހެނީ، ގެއްލުމާއި ހަލާކު މެދުވެރިވި ސަބަބު ދެނެގަތުމަށްޓަކައި، އިންޝުއަރަރ އަށް ޙާދިޘާ ހިނގާފައިވާ ތަނުގެ ޙާލަތު އެގޮތުގައި ބަލައި ދެނެގުމަށް މުހިންމު ވާނެތީއެވެ.

57ނަމަވެސް މިކަމާއި ގުޅިގެން ޔޮޓް ޓުއަރސް ވަގުތުން ވަގުތަށް އެޅި ފިޔަވަޅުތަކުގެ ތެރޭގައި، އެޙާދިޘާ އެލައިޑް އަށް އެންގިކަން ބަޔާނެއް ނުކުރެއެވެ. އިންސިޑެންޓަލް ރިޕޯޓުގައި ބަޔާން ކުރަނީ، Immediately“ ”strooms from water villa wingsestopped selling of gu މިފަދައިންނެވެ. ދެން ކުރި ކަމެއްގެ ގޮތުގައި ބެލެވެން އޮތީ؛ “On the happening of any loss or damage the Insured shall forthwith give notice thereof to the Company and shall within 15 days after the loss or damage or such further time as the Company may in writing allow in that behalf, deliver to the Company (a) a claim in writing for the loss and damage containing as particular an account as may be reasonably practicable of all the several articles or items of property damaged or destroyed and of the amount of the loss or damage thereto respectively, having regard to their value at the time of the loss or damage, not including profit of any kind. (b) particulars of all other insurance, if any.” “ Currently in the process of undertaking detailed impact assessments by a team of civil engineers and surveyors. Currently in the process of formulating BOQ for repair costs. Obtaining quotations from contractors.” މިމަސައްކަތް ތަކެވެ. މިއިންސިޑެންޓަލް ރިޕޯޓުގައި މޫސުން ގޯސްވިކަމަށް ބަޔާންކުރަނީ، 30 ޖުލައި 2014 އިން 15 އޮގަސްޓް 2014 އަށެވެ. ޙާދިޘާ ހިނގިކަމަށް ބަޔާން ކުރަނީ 30 އޮގަސްޓް 2014 އިން 15 ސެޕްޓެނބަރް 2014 އަށެވެ. މޫސުން ގޯސްވީ ޙަދީޘާ ހިނގިކަމަށް ބުނާ ތާރީޚުގެ ފަނަރަ ވަރަކަށް ދުވަސް ކުރިންނެވެ. ވީމާ، ޔޮޓް ޓުއަރސްއިން ބަޔާންކުރާ ގެއްލުންތަކާއި މޫސުން ގޯސްވި ދުވަސްތަކާއި ގުޅުވާލެވޭ ގޮތެއް މިރިޕޯޓަކުނ އެނގޭކަން ނެތެވެ. މީގެ އިތުރުން، ޔޮޓް ޓުއަރސްއިނ ހުށަހެޅް އިންސިޑެނޓަލް ރިޕޯޓްގައި ”with unusual high tides around the region and high swells unsual“ މިހެން ބަޔާން ކޮށްފައިވާއިރު، މިހުށަހެޅުން ނަފީ ކުރުމަށް މޯލްޑިވްސް މީޓިއަރޮލޮޖި ކަލ ސަރވިސް އިން ހޯދައިގެން އެލައިޑް އިން ހުށަހެޅި ކިތާބީ ހެކި، ހއ. ސަރަޙައްދުގެ މޫސުމް އެދުވަސްވަރު އޮތް ގޮތުގެ ރިޕޯޓަށް ބަލާއިރު، 03 އޮގަސްޓް 2014 އިން 15 ސެޕްޓެނބަރް 0142 އަށް ކަނޑުގަދަކަމަށް ފާހަގަކުރާ އެންމެ ދުވަހެއްވެސަ ނެތެވެ. އެދުވަސްތަކުގެ ކަނޑު އޮތް ގޮތް ދައްކާފައިވަނީ ”slight“، ”moderate“ އަދި slight“ ”becoming modarate during showers މިގޮތަށެވެ.

58މިހާހިސާބުން ޔޮޓް ޓުއަރސް އިނަ ހުށަހަޅާފައި ލިޔުންތަކުން ފެންނާން އޮތީ، ޖ.ރިސޯޓް އަލޭދޫ، މޯލްޑިވްސްގެ ބަޖެޓް އެސްޓިމޭޓް ގެ ގޮތުގައި 09 އޮކްޓބަރޯ 2014 ގައި ކޮރަލްގޭޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް (ކޮރަލްގޭޓް) އިން ތައްޔާރުކޮށްފައިވާ އެސްޓިމޭޓެކެވެ. ކޮރަލްގޭޓގެ އެސްޓިމޭޓް ގެ ޚުލާޞް ތިރީގައ އެވަނީއެވެ. މޯލްޑިވްސް މީޓިއޮރޮލޮޖިކަލ ސަރވިސް ގެނަންބަރު: PWS/DT/2019/138-93 (31 ޖުލައި 2019) ސިޓީ. Bldg No BUILDING NAMES UNIT AMOUNT NR AMOUNT 1 PRELIMAREIS AND GENERALLY $ 4,579,198.90 2 45 New Water Villa (Construction) 294,470.00 45 $ 13,251,150.00 3 New Jettey (Construction of 2 segments of jetty) 2,084,940.00 $ 2,084,940.00 5 Demolition for the Old Structure (45 Water Villa and 2 jetty) 1,579,840.91 $ 1,579,840.91 SUBTOTAL OF THE ABOVE: $ 21,495,129.81 6% GST $ 1,289,707.79 TOTAL AMOUNT (Including GST) USD22,784,837.59

59މަތީގައިވާ އެސްޓިމޭޓަކީ، އަލިދޫ ރިސޯޓު ގައި ކުރިންހުރި ބައު 45 ވޯޓާރ ވިލާ އާއި 2 ޖެޓީ ތަޅާލައި، އައު 45 ވޯޓާ ވިލާ އާއި އައު 2 ޖެޓީ އެޅުމަށް ހިނގާނެ ޚަރަދުގެ އަންދާސީ ހިސާބެކެވެ. އެއީ ވެސް، ޔޮޓް ޓުއަރސް އިން ބަޔާނކުރް ރާޅު އަރައިގެނވް ގެއްލުންތަކުގެ ހިސާބެއް ނޫނެވެ. އަދި އެގެއްލުންވީ ގޮތުގެ ސރާ ވޭއެއްވެސް ނޫނެވެ.

60މޫސުން ގޯސްވުމުގެ ސަބަބުން ހއ.އަލިދޫ ރިސޯޓުގެ މޫދު ކޮޓަރިތައް ވަރަށް ބޮޑަށް ހަލާކުވެފައިވާތީ، އިންޝުއަރެންސް ކްލެއިމް ކުރަން ބޭނުންވާތީ، އެރަށް އިންސްޕެކްޓް ކޮށްދިނުމަށްއެދި މޯލްޑިވްސް ޕޮލިސް ސަރވިސްގައި ޖޭ ހޮޓެލްސް އެންޑް ރިސޯޓްސް ޕްރައިވެޓް ލިމިޓެޑް (ޖޭ ހޮޓެލްސް) ގެ ފަރާތުން އެދިފައިވަނީ 14 އޮކްޓބަރޯ 2014 ގައެވެ. އެއީ މަތީގައި ބަޔާން ކުރެވުނު ކޮރަލްގޭޓްގެ އެސްޓިމޭޓު ހެދި ފަހުންނެވެ. ވީމާ ހއ.އަލިދޫ ރިސޯޓއަށު ލިބުނުކަމަށް ބުން ގެއްލުން އިންސްޕެކްޓް ކުރުމަށް ފުލުހުންގެ ފަރާތުން އެދިފައިވަނީ، އެރަށުގައި ހުރި ބައު 45 ވޯޓަވިލާ އާއި 2 ޖެޓީ ތަޅާލުމާއި އޭގެ ބަދަލުގައި އައު 45 ވޯޓަ ވިލާއާއި އައު 2 ޖެޓީ ހެދުމަށް ހިނގާނެ ޚަރަދުގެ އެސްޓިމޭޓް އަންދާސީ ހިސާބު ހޯދުމަށް ފަހު ގައިކަން އެނގެން އޮވެއެވެ.

61މިއީ އެލައިޑް އާއި ޔޮޓް ޓުއަރސް އާދެމެދު ވެފައިވާ ނަންބަރު:617/2014/101 "ފަޔަރ އިންޝުއަރެންސް ޕޮލިސީ" ނުވަތަ އެއްބަސްވުމާއި އޭގެ ވާރޑިން ގައި، އިންޝުއަރ ކުރި މުދަލަށް ގެއްލުމެއް ނުވަތަ ހަލާކެއް ކުރިމަތިވާހިނދު ޢަމަލުކުރަން އޮތް ޕްރޮސީޖާއެއް ނޫނެވެ. އިންޝުއަރެންސް ޕޮލިސީއެއް ދިރިއޮތްހހިނދަކު، އެން މެމަތީ ދަރަޖައަށް ހެޔޮނިޔަތް )sfide uberrima( ނުވަތަ ”utmost good faith“ އާ އެއްގޮތަށް ޢަމަލު ކުރިކަން ފެންނާން އޮންނާންޖެހެއެވެ. ސަބަބަކީ، އިންޝުއަރެންސް ވިޔަފާރިއަކީ، އިންޝުއަރެންސް އެއްބަސްވުމުގެ ބައިވެރިން އެއްބަޔަކު އަނެއް ބައެއްގެ މައްޗަށް ބަރޯސާ ވެގެން )mutual dependency( ހިންގާ ވިޔަފާރިއެއް ކަމަށްވާތީ، ހެޔޮނިޔަތުގެ އުންސުރު ކެނޑިނޭޅި ދަމަހައްޓަންޖެހޭތީއެވެ. ފުލުހުންގެ ފަރާތުން 14 އޮކްޓބަރޯ 0142 ގައި ހއ.އަލިދޫ ރިސޯޓަށް ގޮސް ތައްޔާރު ކުރި ރިޕޯޓް ނިންމާލަމުން ބުނެފައިވަނީ؛ th th “…However the damages caused from 30 August 2014 to 15 September 2014 to the sea rooms of J Resort Alidhoo could not be just because of the bad weather. The investigation team suspects that there will be some other reasons. Because during such a big incident they did not inform the police immediately…” މިފަދައިންނެވެ. ވީމާ، ޔޮޓް ޓުއަރސްއިން ޢަމަލުކުރި ގޮތަކީ، އިންޝުއަރެންސް ވިޔަފާރީ އެމައްޗަށް ބިނާވާ އަސާސީ އެއް އުންސުރު ކަމަށްވާ ”utmost good faith“ އާ އެއްގޮތަށް ޢަމަލުކުރިކަން ފެންނާން އޮތް ގޮތެއް ނޫނެވެ. މިއާޚިލާފަ ށ، އެއީ ހއ.އަލިދޫ ރިސޯޓްގައ ހުރި ބައު 45 ވޯޓާވިލާ އާއި 2 ޖޓެ ތަޅާލުމަށްފަހު، އަލުން އެތަންތަން ހެދުމަށް ހިނގާނެ ޚަރަދު ދުރާލާ ބެލެވިގެން، އެޚަރަދު އިންޝުއަރެންސް ފައިސާ އިން ހޯދުމަށް ކުރެވުނު މަސައްކަތެއްކަމަށް އެލައިޑްއިން ބުނާބަހަށް ބުރަވެވެން އ ވެއެވެ.

62ޔޮޓް ޓުއަރސް އިން ހުށަހެޅި އެމްޓީ ހޯގާރޑް ޕްރައިވެޓް ލިމިޓެޑް (އެމްޓީ ހޯގާރޑް) ގެ ރިޕޯޓަކީ، 15 އޮކްޓބަރޯ 2014 ގައި އެމްޓީ ހޯގާރޑް ގެ ފަރާތުން ހއ.އަލިދޫ ރިސޯޓަށް ގޮސް ބެލި ބެލުމުން، ފެނުނު ކަންތައްތަކެއްގެ މައްޗަށާއި، ލިބިފައިވާ އިންޖިނިއަރިންގ ތަޖުރިބާއަށް ބުރަވެ 19 އޮކްޓބަރޯ 2014 ގައި ތައްޔާރު ކުރި ރިޕޯޓެއް ކަން އެނގެއެވެ. ވީމާ، މިރިޕޯޓަކީވެސް ޙާދިޘާ ހިނގިކަމަށް ބުނާ ތާރީޚުގެ ގާތްގަޑަކަށް 01 (އެކެއް) މަސްދުވަސް ފަހުން ތައްޔާރުކުރި ރިޕޯޓެކެވެ. އެރިޕޯޓުގައި ބަޔާން ކޮށްފައިވަނީ؛ “Technical Assessment of Alidhoo 19 October 2014 Technical Assessment rapport for Alidhoo MT Hojgaard pvt ltd have assessed the following at Alidhoo resort  Water Villa structures Mt Hojgaard have have had their two most experienced engineers look at this and have found water villas The one group of water villas are damaged beyond cost effective repair, this is based on what was evident at the site visit, as shown on the below pictures. The first pictures show have the concrete structure has been damage and have formed cracks deep enough to allow seawater and moisture to penetrate to the steel reinforcement, and start the erosion of the steel reinforcement, this effect is clearly shown on the edge of the beam on the below picture. The same effect is also shown on the below picture, which is taken from the jetty at the same group of water villas. It would be almost impossible to repair this damage to the steel reinforcement, as one would need to remove the concrete to ensure there is enough steel reinforcement left to make the building safe for guests to stay in, or add new structural supporting to ensure the structure is safe for guests, and then seal all damaged areas it with epoxy coatings. This damage to the concrete structure has also cause moisture to be enter the water villa internal walls, which also have shown significant signs of damage as shown in the picture below. We found almost all of the water vilaas was suffering from cracks in the concrete foundations, beams and columns, and that many of them had significant problems with moisture having damage the internal timber stud drywalls, which would all need replacing as shown above. Lastly several of the concrete/block work walls and super structure for the water villas shows significant crack lines as shown on the picture below, walls ރިފަރެންސް ނަންބަރު:001-YTMAlidhoo-0514 (19 އޮކްޓބަރޯ 2014) ސިޓީ. with this kind of several cracks would all have to be replaced, which would not leave allot of the water villa. Summary and advise Based on the site, we do not believe we could cost effectively repair these damaged water villas. Furthermore we have spoken to our in house design and structural engineers and we would not be able to warranty our work after completion or say that the villa would be safe for guests, due to the extent of the damage and nature of the damage to the structure, without building a new villa structure. We would advise to demolish the damage water villas, and build new ones, as well as improve the breakwater, and potentially stabilize the beach, so that the structure is not stressed by the unstable surroundings. Costing of work We have only priced to rebuild the villas and not repair them, as we would not be able to warrant our work. Cost to buy materials for the water villa 45 villa's 9,355,500.00 USD Cost to install water villa incl administration etc 45 villa's 10,019,430.00 USD Cost of Demolish 45 villa's 2,611,092.40 USD Total cost for 45 villas 21,986,022.40 USD” މިފަދައިންނެވެ. މިރިޕޯޓު އަލިފުން ފެށިގެން ޔާއަށް ކިޔައި ނިންމާލިއިރުވެސް، އެކަށީގެންވާ ޚަރަދަކުން މަރާމާތު ނުކުރެވޭ ވަރަށް ވޯޓަރ ވިލާތައް ހަލާކުވި "ސަބަބު" )cause( މިރިޕޯޓުގައި އަންދާސީއަކށްވެސަ ބަޔާނކޮށްފައިވާތަނެއް ނުފެނެއެވެ. އަދި ޔޮޓް ޓުއރސްއިނަ ބަޔާން ކުރާ މޫސުމް ހަލަބޮލިވެ ރާޅު/އުދަ އެރި ވާހަކައެއްވެސް މިރިޕޯޓަކު ނެތެވެ.

63އެމް.ޓީ ހޯގރާ ޑްގެ ފަރާތުން އަލދި އަށް ދިއުމުގެ ކުރިން 14 އޮކްޓބަރޯ 2014 ގައި އަލިދޫ ރިސޯޓް ޕްރޮޖެކްޓް ގެ ގޮތުގައި، ”TENNSSOR“ ކިޔާ ކުންފުންޏަކުން ހިސާބުތަކެއް ހަދާފައި ހުރި ލިޔުންތަކެއް ހުށަހަޅާފައި އެބަ ހުއްޓުވެވެ. މިލިޔުންތަކުގެ ތެރޭގައި "ސައިޓް އޮބްޒަވޭޝަންސް" މިހެން ބަޔާންކޮށްފައިވާ ލިޔުމުގައި ފާހަގަކޮށްފައިވަނީ؛ “1.) Cracks on structural concrete are visible due to corrosion on reinforceing steel bars bleeding to the concrete surface.

2.) Coral growth on the exposed chipped concrete surface and contaminated the structural concrete.

3.) Exposed reinforcing steel bars are deterioting.

4.) Some structural colums are displaced due to wave impact.

5.) Most of the architectural members are damaged due to displcement of the structural members.

RECOMMENDATIONS

1.) Prepare a list of damages for each structure.

2.) Check the possibillity whether the structure can be slavaged and repair by checking it’s structural stability.

3.) Value engineering should be done at the this state.” މިފަދައިންނެވެ. 03 އޯގަސްޓް 2014 އިން 15 ސެޕްޓެންބަރު 2014 އަށް ލިބުނު ގެއްލުމެއް 14 އޮކްޓބަރޫ 2014 ގައި އޮބްޒާވް ކުރިއިރު، ކޮންކުރީޓް ސާފޭސްގެ ހަލާކުވެފައިވާ ތަންތަނުގައި މުރަކަ ހެދިފައިވެއޭ )growth oralc( ބުނެފައިވާ ބުނުމަކީ، ޔޮޓް ޓުއަ ރސްއިން ހުށަހެޅި ގެއްލުންވި ސަބަބު ސާބިތުކޮށްދިނުމަކާއި ނުލައި މިކަން ބަލައިގަތުމަށް މަންތިގވެސު ދެކޮޅު ހަދާކަމެކެވެ. މިޙާދިޘާ ހިނގިތާ 01 މަސްފަހުން ރިޕޯޓެއް ހަދާއިރު، ވީ ހަލާކުތައް ދުވަސްވެފައިވާ ހަލާކު ތަކެއްގެ ގޮތު ގައި ފެނިދާނެ ކަމަށަ ޔޮޓް ޓުއރސައިން ބުނާއިރު، އެފަދަ ރެދެއްގައި މުރަކަ ފަޅައި ހެދި ދަގަނޑުތަކުނ ބައެއް ގިރ، ދަބަރުމަތީ ދަބަރުޖަހައިފައި ހުރެ ދާނެކަމަށް ޤަބޫލު ކުރާނެ ސަބަބުވެރި އިންސާނަކު ހުރެދާނެކަމަކަށ ބުރައެއް ނުވެވެއެވެ. ގެއްލުން ވަޒަންކުރުން:

64HN7އިންޝުއަރެންސް ކލެއިމްއަކާއ ގުޅިގެނި ގެއްލުން ހިސާބު ކުރުމަކީ، ހަމައެކަނި އިންވޮއިސްތަކަކާއި އެސްޓިމޭޓްތަކަކާއި ކަލްކިއުލޭޓަރަކުން ނިންމާލެވިދާނެކަމެއް ނޫނެވެ. އިންޝުއަރެންސްމައްސަލައަކާއި ގުޅިގެން، ގެއްލުން ހިސާބކުރު Assessor/Adjusters ފަރާތްތަކުން، ވިސްނާންޖެހޭނީ ހަމައެކަނި އެގެއްލުންތައް މަރާމާތުކުރުނ ނުވަތް އަލުން ހެދުމަށް ހިނގާނެ ޚަރަދުގެ އަންދާސީ ހިސާބު ހެދުމަކަށް ނޫނެވެ. ގެއްލުން ހިސާބު ކުރުމުގައި، ފެންނާން ހުރި ހެކިތަކާއި އިންޝުއަރެންސް ޕޮލިސީގައި ބަޔާން ކުރާ ކަންކަމާއި އަޅައި ބަލަންޖެހެއެވެ. މީގެއިތުރުން، ގެއްލުންވުމުގެ ކުރިން އަދި އޭގެ ފަހުން، އިންޝުއާރޑް ކަންކުރި ގޮތާއިމެދު ވީގޮތް ކިޔައިދޭ މީހުން ބުނާ ބަހަށް ރިޢާޔަތްކޮށް، ނިޔަތާއި މޯޓިވގް މައްޗަށް ބުރަދަން ދޭންޖެހެއެވެ. ހަމައެހެންމެ، އަގުކުރާ ފަރާތްތަކުން، އެގެއްލުން ލިބުނު ސަބަބު ދެނެގަނެ އެސަބަބަކީ، އިންޝުއަރެންސް ޕޮލިސީގައި ބަޔާން ކުރާ ޕެރިލްއެއްތޯ ނުވަތަ ނޫންތޯ އެމީހުން ދެނެގަތް ގޮތް ބަޔާން ކުރަންޖެހެއެވެ. އެގެއްލުމަކީ އެއްސަބަބަކަށްވުރެ ގިނަ ސަބަބުތައް މެދުވެރިވެގެން ކުރިމަތިވި ހަލާކެއ ނުވަތް ގެއްލުމެއް ނަމަވެސް، އެތަނުން އިންޝުއަރެންސް އިން ގެއްލުމަށް ޒިންމާވާންޖެހޭ ސަބަބު ހިމެނިގެންވާކަމާއި، އަދި އެސަބަބަކީ، ހަލާކު ނުވަތަ ގެއްލުން ދިން އަސަރު މެދުވެރި ކުރި ސަބަބުކަން )effective/dominant cause( ބަޔާންކޮށް ހިމަނާންޖެހެއެވެ. އެއަށްފަހު، އެގެއްލުންތައް މަރާމާތު ކުރުމަށް ނުވަތަ އަލުން ހެދުމަށް ހިނގާނެ ޚަރދުތަކަކަ ކޮބައިކަން ބަޔާންކޮށްދޭންޖެހެއެވެ. ނަމަވެސް ޔޮޓް ޓުއަރސްއިން ބަރޯސާވި އެމް.ޓީ ހޯގރާ ޑްގެ ރިޕޯޓަށް ބެލުމުން އެއީ އިންޝުއަރެންސްގެ ބޭނުމަށް ކޮށްފައިވާ އެސެސްމެންޓއެ ނޫންކަން އެނގެއެވެ. އެއީ އަލިދޫ ރިސޯޓުގެ މޫދު ކޮޓަރިތައް ނުވަތަ ވޯޓަރ ވިލާތައް ތަޅާލައި އައު ތަންތަން އަލުން ހެދުމަށް ހިނގާނެ ޚަރަދު ދެނެގަތުމަށް ހަދާފައިވާ އަންދާސީ ހިސާބއެ ކަން ސާފުވެއެވެ. ދިފާޢު ސާބިތުކޮށްދިނުން:

65އިންޝުއަރެންސް މައްސަލަތަކުގެ ތެރެއިން، މިބާވަތުގެ މައްސަލައެއްގައި އިންޝުއަރަރ ދިފާޢު ހުށަހަޅަންޖެހޭ ވަގުތެއްކަމަށްވާ ނ، ހުށަހެޅި ދަޢުވާގައި ބަޔާންކުރާ ވާޤިޢތަށާ އިންޝުއާރޑްއަށް ސާބިތުކޮށްދެވިއްޖެނަމަ، އިންޝއަރަރއަށ ބަދަލް ދޭންޖެހޭނެ ހިނދުގައެވެ.

66އެލައިޑްގެ ފަރާތުން ހުށަހެޅި ޖޭބީ.ބޯޑު އިންޝުއަރެންސާ ސާވޭޔާރސ އެންޑް ލޮސް އެސެސާރސް ޕްރައިވެޓް ލިމިޓެޑް (ޖޭބީ.ބޯޑާ) ގެ ރިޕޯޓަށް ބަލައިލާނަމެވެ. އެރިޕޯޓަކީ، 13 އޮކްޓޫބަރު 2014 ގައި ހއ.އަލިދޫ ރިސޯޓަށް ގޮސް ހޯދި މަޢުލޫމާތާއި ދެނެގަތް ކަންތައްތަކުގެ މައްޗަށް ބިނާކޮށަ 16 ޑިސެނބަރް 1420 ގައި ތައްޔާރު ކުރި ރިޕޯޓެއްކަން އެނގެއެވެ. މިރޕޯޓަކީވެސ ޔޮޓް ޓުއަރސިއިނ ހުށަހެޅް އެމް.ޓީ ހޯގރާ ޑް ގެ ރިޕޯރޓެކޭ އެއްފަދައިން ޙާދިޘާ ހިނގިތާ ގާތްގަނޑަކަށް 01 (އެކެއް) މަސް ދުވަސް ފަހުން ހޯދުނު މަޢުލޫމާތުގެ މައްޗަށް ބިނާވާ ރިޕޯޓެކެވެ. ޙަޤީޤަތުގައި އެމްޓީ ހޯގެ ރ ޑުގެ ފަރާތުން ހއ.އަލިދޫއަށް ދިއުމުގެ 02 (ދެއެއް) ދުވަސް ކުރިން ޖޭބީ.ބޯޑާގެ ފަރާތުން ހއ.އަލިދއަށް ދިޔަކަނޫ އެނގެއެވެ. ވީމާ، ޔޮޓް ޓުއރސްއިން ބަޔާނަ ކުރާ ފަދައިން ޖޭބީ.ބޯޑު ރިޕޯޓަކާ ޙާދިޘާ ހިނގިތާ 01 މަސް ފަހުން ހެދި ރިޕޯޓަކަށްވާތީ، ލިބުނު ގެއްލުންތަކަށް ގިނަދުވަސްވެފައިވާކަމަށް ދައްކަފާނެކަމަށް ބުނާ ބުނުން، އެމްޓީ ހޯގާޑުގެ ރިޕޯޓުގެމައްޗަށްވެސް ހިނގާނެ ކަމަށް ދެކެމެވެ.

67މިމައްސަލައިގައި، ޖޭބީ ބޯޑާގެ ރިޕޯޓާއި ހަމައަށް ދާންޖެހޭކަމަށް ނުދެކމެ ވެ. ސަބަބަކީ،ޔޮޓް ޓުއަރސްގެ ފަރާތުން ހުށަހެޅި ދަޢުވާގައި ބަޔާންކުރާ ގެއްލުންތަކަކީ ނަންބަރު:617/2014/101 "ފަޔަރ އިންޝުއަރެންސް ޕޮލިސީ" ގައި ބަޔާންކުރާ ޕެރިލްއަކުން ކުރިމަތިވި ގެއްލުންތަކެއްކަނ ސާބިތް ކޮށްދެވިފައި ނުވާތީއެވެ. ނަމަވެސް ޖޭބީ ބޯޑާގެ ރިޕޯޓުގައި ބަޔާންކުރާ ކަންކަން ޔޮޓް ޓުއަރސއިން ހުޅަހެޅި، ”TENNSSOR“ ކިޔާ ކުންފުނިން "ސައިޓް އޮބްޒަވޭޝަންސް " ގެ ގޮތުގައި ފާހަގަކުރިކަންކަމާއި ގުޅުވާލެވއެވެ. މިގޮތުން ޖޭބީ ބޯޑާގެ ރިޕޯޓުގައި ފާހަގަކޮށްފައިވަނީ؛ “CAUSE OF LOSS Even though the Insured has stated that the damages have take place on account of a hit by a tidal wave on 15/09/2014, we do not agree with this contention and are of the opinion that the damage have occurred over a period of time on account of the following factors:-

1. The water Bungalows are situated in an exposed area where there are strong current and waves break in all times.

2. The sea protection wall in front of the Water Villas on the reef side is inadequate and in several areas it has collapsed, which will result in excessive waves hitting the water Bangalows footings.

3. At the area where the Water Villas are located, the sea protection wall is below the water level even at low tide with result the waves hit the Water Villas even low tide without any obstruction and the sea protection wall is not serving any useful purpose.

4. A large portion of the footing of the water villas are not properly embedded into the sea bed.

5. The damages are of such a nature that it would have happened over period of time for concrete to crack and it would definitely not have occurred on account of tidal waves hitting the resort only on 15/09/2014.

6. Oxidation is continously happening due to insufficient cover of the reinforcement of the columns and beams.

7. There was no damage to the walkways to the Water Bungalows which would have been the case in the event of a tidal wave hitting the resort.

8. The reinforcement cover on the concrete structure appear to be insufficient for the exposure that the structure is exposed on.

9. In several locations where the concrete has broken and reinforcement exposed it is seen that the oxidation process has been going on for a long period of time. This would result in failure of the structure as seen by us.

10. All Air Conditioning outdoor units are exposed directly to the sea and this has resulted in the covers getting rusted and as a consequence the compressors would have also failed.

11.The beach bungalows are sinking on account of shifting sands and it appears that the foundation/protection of the beach bungalows is inadequate. Based upo these observations we are of the opinion that the damages to the water villas have occurred over a period of time due to the constant hitting of the waves on the columns and beams of the structures. These views are also concurred by the structural consultant Keystone International Pvt.Ltd. Thus the proximate cause of loss is not a peril that has been insured as per the policy of insurance issued to and held by the insured.” މިފަދައިންނެވެ. މިރިޕޯޓުގއ ބަޔާނި ކުރާގޮތަށް ކޮންކުރީޓަ ގައި ލާފައ ހުރި ރ ނ ދުތަކަކީ، ގިނަދުވަސްތަކަކަކުން ލާފައިހުރި ރެދުތަކެއ ކަމަށް ބަޔާން ކުރާއިރު، ”TENNSSOR“ އިން ބަޔާންކުރި ކޮންކުރީޓް ރެދުތަކުގައި މުރަކަ ހެދިފައިވާ ބުނުމަށް ބާރު ދެއެވެ. އެހެނީ މުރަކަ ހެދިބޮޑުވުމަށް ދުވަސްތަކެއް ނަގައެވެ. މުރަކައަކީ މަހަކުން ނޫނީ ދެމަހަކުން އުފެދި ހެދިދާނެ އެއްޗެއް ކަމަށް ބުރައެއް ނުވަ ވެއެވެ. ހަމައެހެންމެ، ޖޭބީ ބޯޑގާ ރިޕޯޓުގައި ފާލަމަށ ގެއްލުމެއް ވެފައި ނުވާކަމަށް ބުނާއިރު، ”TENNSSOR“ އިން ހުށަހެޅި ލިޔުމުގައި ގެއްލުންލިބިފައިވާ ތަނެއްގެ ގޮތުގައި ފާލަމެއްގެ ވާހަކަ އަމުދުން ފާހަގަ ކޮށްފައެއް ނެތެވެ. ޕެރިލްއެއް އޮތްކަމަށް އެލައިޑްއިނ ޤަބޫލް ކުރު ހެއްޔެވެ؟

68ޔޮޓް ޓުއަރސްއިނ ބަޔާނކުރް ގޮތުން، ގެއްލުމުގެ ޕްރޮކްސިމް ޓޭ ކޯޒްއެއ ނޫންކަމަށް އެލައިޑް އިން ބުނާ ބުނުމަކީ، ޕެރިލްއެއް އޮތްކަމަށް އެލައިޑްއިން ވާ އިޢުތިރާފެކެވެ. ނަމަވެސް އެލައިޑްއިން ބަޔާންކުރާ ކަންކަމާއި ޖޭބީ.ބޯޑާގެ ރިޕޯޓްއަށް ބަލާއިރު، ގެއްލުންވުމުގެ ދެސަބަބެއ އޮތްކަމަށް ބެލިނަމަވެސް އެއިން އެއްވެސް ސަބަބަކީ، އިންޝުއަރެންސް ޕޮލިސީގައި ބަޔާންކުރާ ސަބަބެއް ނުވަތަ ޕެރިލްއެއް ނޫންނަމަ، އިންޝުއަރެންސް ޕޮލިސީއިނ އެގެއްލުން ކަވަރެއް ނުކުރާނެއެވެ.

69ހުށަހެޅިފައިވާ މައްސަލައިގައި، އެލައިޑްއިން ބަޔާންކުރާ ރާޅު އެރުމަކީ ފުރަތަމަ ސަބަބުކަމަށް ބަލާއިރުވެސް، އިންޝުއަރެންސް ޕޮލިސީގައި ބަޔާންކުރާ ސަބަބަކާއި ގުޅިގެން އެރި ރާޅެއްކަމެއ ސާބިތުކޮށް ނުދެވޭތީ، އެއީ ޕޮލިސީގައި ބަޔާންކުރާ ޕެރިލްއެއްގެ ސަބަބުން ލިބުނު ގެއްލުމަކަށް ނުވެއެވެ. ގިނަދުވަސްވުމުގެ ސަބަބުން، އޮޔާއި ވަޔާއި ރާޅާއ އަދި އެނޫންވެސް ލޮޅުންތައ އެއް ދެވަނަ ސަބަބު ކަމށަ ބަލާއިރު، މިއީވެސް އިންޝުއަރެންސް ޕޮލިސީގައި ހިމެނޭ ސަބަބެއް ނޫނެވެ. ވީމާ މިމައްސަލައިގައި، ޕްރޮކްސިމޭޓް ކޯޒް ނޫނީ އެފެކްޓިވް ކޯޒްއަށް ބަލަންޖެހޭ ތަނެއް ނެތެވެ. ސަބަބަކީ، ޕްރޮކްސިމޭޓް ކޯޒް ނޫނީ އެފެކްޓިވް ކޯޒްއަށް ބަލަންޖެހޭނީ، އިންޝުއަރ ކޮށްފައިވާ މުދަ ލަކަށ ލިބް ގެއްލުންވުން ޙިއްޞާކުރާ ދެސަބަބުންކުރެ އެއްސަބަބަކީ އިންޝުއަރެންސް ޕޮލިސީގައި ބަޔާންކުރާ ޕެރިލްއަކާއި ގުޅިފައިވާ ސަބަބެއްކަން ސާބިތުކޮށް ދިނުމަށްފަހުގައި ކަމަށްވާތީއެވެ. މިސާލަކަށް، ފަޔަރ އިންޝުއަރެންސް ޕޮލިސީއެއްގެ ދަށުން މީހަކު ކާރެއް އިންޝުއރކުރަނަ އަލިފާން ރޯވުމާއި ހޮނުއެޅުމުނ ލިބް ގެއްލުމުން ރައްކާތެރި ކުރުމަށެވެ. ވިއްސާރަ ދުވަހެއްގައި ގަހެއްގެ ދަށުގައި ކާރު ޕާކުކޮށްފައި އޮއްވައި، އެގަހަށް ހޮނުއެޅިއެވެ. ނަމަވެސް ކާރަށް ގެއްލުންވީ، ހޮނުއެޅުމުގެ ސަބަބުން އެގަހުން ވެއްޓުނ ބޮޑު ގޮފިގަނޑަކުން ޖެހިގެންނެވެ. މިޙާލަތުގައި ހޮނު އެޅުމާއި ގޮފިގަނޑު ވެއްޓި ޖެހުމާއި މިދެސަބަބުގެ ތެރއިނެ އެފެކްޓިވް ކޯޒްއަކީ ކޮބައިކަމާމެދު ބަހުޘްކޮށް ހެކި ހުށަހަޅައި ސާބިތު ކުރެވިދާނެއެވެ. ނަމަވެސް ޔޮޓް ޓުއަރސްއިނ ހުށަހެޅް މައްސަލައިގައި ބަޔާންކުރި ދެސަބަބުންކުރެ އެއްވސެ ސަބަބަކީ އިންޝުއަރެންސް ޕޮލިސީގައި ހިމެނޭ ޕެރިލްއަކާއި ގުޅިފައިވާ ސަބަބެއްކަން ސާބިތެއް ނުކުރެވެއެވެ. ވީމާ، ޕެރިލްއެއް އޮތްކަމަށް އެލައޑްއިން އިޢުތިރާފްވާކަމަށ ޔޮޓް ޓުއަރސްއިނ ބުން ބުނުން ރނަ ގަޅެއް ނޫނެވެ. ގެއްލުންވި މިންވަރު ވަޒަންކޮށްފައި ނުވުން:

70އެލައިޑްގެ ފަރާތުން ހުށަހެޅި އިސްތިއުނާފީ ހަތަރުވަނަ ނުކުތާގައި ބަޔާން ކުރަނީ، އިންޝުއަރެންސް ޕޮލިސީއެއް ނަގާފައި އޮތް އޮތުމަކީ، އިންޝުއަރެންސް ޕޮލިސީގެ މުއްދަތުގައި އިންޝުއަރ ކުރެވުނު މުދަލަށް ނުވަތަ ތަނަށް ލިބޭ އެންމެހައި ގެއްލުމަކަށް އިންޝުއަރެންސް ޕޮލިސީގެ ދަށުން ގެއްލުމުގެ ބަދަލުގެ ގޮތުގައި ފައިސާ ލިބެންޖެހޭ ސަބަބެއް ނޫން ކަމަށެވެ.

71HN8އިންޝުއަރެންސްގެ އެންމެ އަސާސީ އެއް އުޞޫލަކީ "ޕްރިންސިޕަލް އޮފް އިންޑެމްނިޓީ" ކަމަށެވެ. މިއީ ރައްކާތެރިކަން ކަށަވަރުކޮށްދީފައިވާ ޕެރިލްއަކުން ލިބުނު ގެއްލުމެއްގެ ބަދަލު، އެގެއްލުމެއ ލިބުން މިންވަރަކަށް ދިނުން ކަމަށެވެ. މީގެ އިތުރުން، އިންޝުއަރެންސް ކލެއް މި އަކާއި ގުޅިގެން ބަދަލު ނަގައިދެވޭނެ އުޞޫލުތައް ތަފްޞީލުކޮށް ބަޔާންކޮށް ދަށުކޯޓުން އިންޝުއަރެންސް ފައިސާ ނަގައިދިންއިރު، އެއިން އެއްވެސް އުޞޫލަކށަ ބަލާފައި ނެތްކަމަށް އެލައިޑއިން ބުނެއެވެ.

72އެލައިޑްގެ މިނުކުތާއާއި ގުޅިގެން، ޔޮޓް ޓުއަރސްގެ ފަރާތުން ތަފްޞީލީ ޖަވާބެއް ދީފައެއް ނެތެވެ.

73މިނުކުތާއާއި ގުޅިގެން، ބަލާއިރު، އިންޝުއަރެންސްއަކީ، މީހަކަށް ދިމާވާ ބަދުނަސީބެއް މަންފާއަކަށް ބަދަލުކޮށްލާ ވަސީލަތެއް ނޫނެވެ. މިއީ އިންޝުއަރެންސް ޕޮ ލިސީނެގ ފަރާތި ނުވަތް އިންޝުއރޑ އަށް ލިބާ ގެއްލުމަށް ބަދަލު ދިނުމުގެ ވަސީލަތެކެވެ. ވީމާ، މައިގަނޑު ގޮތެއްގައި އިންޝުއރެންސަ ނިޒާމް ހިނގަނީ، ބަދަލު ދިނުމުގެ ހަމައިގެ )principle indemnity( މައްޗަށެވެ. ޙަޤީޤަތުގައި އިންޝުއަރެންސް ކޮންޓްރެކްޓެއްގައި އިންޝުއަރަރގެ ފަރާތުން ބަދަލުކުރާ ކޮންސިޑަރޭޝަންއަކަށްވާނީ، އިންޝުއަރެންސް ޕޮލިސީގައިވާ ގޮތުގެ މަތިން ބަދަލު ދިނުމަށް އެވާ ޒިންމާ ނުވަތަ ދޭ ޔަޤީންކަމެވެ. ބަދަލު ދިނުމުގެ މިހަމަ ބަޔާން ކުރާގޮތުން، އިންޝުއަރެންސް ޕޮލިސީއެއް ނގެ ފަރާތަކަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި ލިބިދެވޭނީ އަސްލު ލިބުނު ގެއްލުމާއި އެއްވަރުގެ ޢަދަދެކެވެ. ލޯ ލާރިއެއްވެސ އިތުރަށް ދިނުމެއް ނެތެވެ. އަދި ލޯލާރިއެއްވެސ މަދުން ދިނުމެއް ނެތެވެ.

74އިންޝުއަރެންސް ޕޮލިސީއެއްގެ ދަށު ނ ބަދަލް ލިބިދެވޭނީ، އެޕޮލިސީގައ ބަޔާންކުރި ޕެރިލްއެއްގެ ސަބަބުން ކުރިމަތިވި ގެއްލުމެއްކަން އިންޝުއަރެންސް ޕޮލިސީ ނެގި ފަރާތުން ސާބިތުކޮށްދިނުމުންނެވެ. މިގޮތުން އިންޝުއަރެންސްގައި "ޕެރިލް" އަކީ އެކަމަށްޓަކައި ވަކި ޚާއްޞަ މާނައެއް އޮތް އެއްޗެކެވެ. އެއީ އިންޝުއަރ ކޮށްފައިވާ މުދަލަށް އިންޝުއަރެންސް ޕޮލިސީގައި ބަޔާން ކުރާ ވަކި ޚާއްޞަ ސަބަބަކުން ނުވަތަ ނުރައްކަލަކުން ހަލާކާއި ގެއްލުން ލިބިގެން ދިއުމެވެ. އިންޝުއަރ ކޮށްފައިވާ މުދަލަކަށް ހަމަ ގެއްލުމާއި ހަލާކު ލިބިގެން ދިއުމަކީ އިންޝުއަރެންސް ޕޮލިސީއެއް ނަގާފައި އޮތްކަން ސާބިތުވާތީ، ބަދަލު ލިބިދެވޭނެ ސަބަބެއް ނޫނެވެ.

75ވީމާ ލިބުނު ގެއްލުމަކީ ކޮބައިކަން ބަލައި އޭގެ މިންވަރު ވަޒަން ކުރަންޖެހޭނެއެވެ. ގެއްލުން ވޒަނަ ކުރަންޖެހޭނީ، އިންޝުއރޑްއަށާ ލިބުން ގެއްލުންތައް އަންގައިދޭ ހެކިތަކާއި، އިންޝުއަރެންސް ޕޮލިސީގެ މައްޗަށް ބިނާކޮށެވެ.

76ޔޮޓް ޓުއރސައިން ސާބިތުކޮށްދޭންޖެހޭ ނަންބަރު:617/2014/101 "ފަޔަރ އިންޝުއަރެންސް" ޕޮލިސީގައި ބަޔާން ކުރާ ޕެރިލްއަކީ، ރާޅު އެރުމެއް )wave( ނުވަތަ އުދއެއަ )swell( އަރައިގެން ކުރިމަތި ފުލަޑް އެއްގެ ސަބަބުން ވީ ގެއްލުމެއް ކަމެއް ނޫނެވެ. ޔޮޓް ޓުއަރސއިން ސާބިތުކޮށްދޭން ޖެހޭ ޕެރިލް އަކީ، މި އިންޝުއަރެންސް ޕޮލިސީން ކަވަރު ކުރާނެކަމަށް ބަޔާންކުރާ، "އަރާ ތްކުއޭކް"، "ވޮލްކަނިކްއިރަޕްޝަން" އަދި "ހަރިކޭން"، "ސައިކްލޯން"، "ޓައިފޫން" އަދި "ވިންޑްސްޓޯމް" މިއިން ސބަބަކާއ ގުޅިގެނި ކުރިމަތިވި ފ ލަޑް ނުވަތަ ޓައިޑަލް ވޭވް އެއް ކަމެވެ. މިކަމެއ ޔޮޓް ޓުއރސްއަކަށ ސާބިތް ކޮށެއް ނުދެވެއެވެ.

77މިމައްސަލައިގައި، ބަދަލުގެ މިންވަރާމެދު އިތުރަށް ބަހުޘް ކުރަންޖެހޭ ނ ކަމަށެ ބުރަވެވެނީ، ޔޮޓް ޓުއރސްގަ ފަރާތުން ފުރަތަމަ ސާބިތުކޮށްދޭންޖެހޭ ކަންކަން ސާބިތުކޮށް ދިނުމަށްފަހުގައެވެ. ނަމަވެސް އެޒިންމާ ޔޮޓް ޓުއަރސްއިން އުފުލާފައެއް ނެތެވެ. ވީމާ ދަށު ކޯޓުން ޔޮޓް ޓުއަރސްއިނ ހުށަހެޅް އަންދާސީ ހިސާބެއް އެއީ ނަންބަރު:617/2014/101 "ފަޔަރ އިންޝުއަރެންސް ޕޮލިސީ"ގެ ދަށުން ލިބުނު ގެއްލުމުގެ މިންވަރު ކަމަށް ކަނޑައަޅާފައިވަނީ ރނަ ގަޅަކަށް ނޫނެވެ. އޭގެ ތަފްޞީލުތައް އިސްވެ ބަޔާންވެދިޔަ ނުކުތާތަކުން ސާފުވާނެއެވެ. ފަނޑިޔާރުންގެ ޤާނޫނާއި ގުޅޭ:

78HN9ޤާނޫނު ނަންބަރު: 2010/13 (ދިވެހިރާއްޖޭގ ފަނޑިޔާރުންގެ ޤާނޫނު) އާ ޙަވާލާދީ މައްސަލަ ބެލި ފަނޑޔާރި ނުގެ ޒާތަށް ނިސްބަތް ކޮށް ފަނޑިޔާރު މައްސަލަ ނިންމީ ވަކިފަރާތް ކަށަ ބުރެވެގެންކަމަށް އެލައިޑއިން ފާހަގަ ކުރެއެވެ. ނަމަވެސް މިއީ އޭގެ ޒާތުގައި އިސްތިއުނާފީ ނުކުތާއެއް ކަމަށް ބަލައެއް ނުގަނެވެއެވެ.

79އެލައިޑްއިން މިނުކުތާގައި އިތުރަށް ފާހަގަކޮށްފައިވަނީ، އެލައިޑްގެ ފަރާތުން ހުށަހެޅި ހެކިތަކަށް ރިޢާޔަތް ނުކޮށް އޮތް ގޮތުގެ ތ ފްޞީލުތަކާއ އަދި ޔޮޓް ޓުއަރސއިން ހުށަނާޅާ ކަންކަމަށް ފަނޑިޔާރު އަމިއްލައަށް، އެކަމެއް އެހެން އޮވެދާނެކަމަށް ދެކިގެން ނުވަތަ ހީގެ މައްޗަށް ބިނާކޮށް ގޮތް ކަނޑައަޅާފައި އޮތް އޮތުމެވެ. މިގޮތުން، ޔޮޓް ޓުއަރސްއިނ އިންޝުއަރެންސް ޕްރިމިއަމް އެކުގައި ދެއްކިކަމށ ދަށް ކޯޓުގު ފނޑިޔާރަ ފާހަގަކޮށްފައިވާއިރު، ޔޮޓް ޓުއަރސއިން އިންޝުއަރެންސް ޕްރިއަމް ދައްކާފައިވަނީ 2/1 ބައިކަމަށް އެލައިޑް އިން ފާހަގަ ކުރެއެވެ.

80އެލައިޑްގެ މިނުކުތާތަކާއި ގުޅިގެން، ޔޮޓް ޓުއަރސްގެ ފަރާތުން، ސީދާ ވާހަކަ ދައްކާ ޖަވާބު ފޯމުގައި ކަމެއް ބަޔާން ކޮށްފައެއް ނެތެވެ.

81އެލައިޑްގެ މިނުކުތާތަކާ އ ގުޅިގެން، ބަލާއިރު، ޔޮޓް ޓުއަރސް އާއި އެލައިޑް އާދެމެދު ވެފައިވާ ނަންބަރު:617/2014/101 "ފަޔަރ އިންޝުއަރެންސް ޕޮލިސީ"ގެ ދަށުން ލިބޭ ހުރިހާ ގެއްލުމަށް ބަދަލު ދޭންޖެހޭ ގޮތަކަށް ނެތެވެ. ޚާއްޞަކޮށް ކޮންސިކުއެނޝިއަލް ލޮސް )consequential loss( އަކީ މި ޕޮލިސީގައި ވަކި ހަމައަކުން ބަޔާންކުރާ ކަމެވެ. މިޕޮލިސީގެ P07 ގެ ދަށުން ބަޔާނކުރް ސްޕޝިއަލޭ ކޮންޑިޝަންސް ގައި ބަޔާންކުރަނީ؛ “(1) ....The Company shall not be liable for any loss or damage caused by flood (including overflow of the sea) except when such peril is insured aginst by this policy and is occasioned by earthquake, volcanic eruption, hurricane, cyclone, typhoon or windstorm. (2) This endorsement does not extend the insurance under this policy to cover:- (a) Consequential Loss of any kind other than rent if insured hereby…” މިފަދައިންނެވެ. ހއ.އަލިދޫ ރިސޯޓުގައި ހުރި، 45 ވޯޓާ ވިލާ އާއި 2 ޖެޓީ ތަޅާލައި، އަލުން އެތަންތަން ހެދުމަށް ހިނގާނެ ޚަރަދުތަށ ކަމަށް ބަޔާންކޮށް ހުށަހެޅް އަންދާސީ ހިސާބަކީ ނަންބަރު:617/2014/101 "ފަޔަރ އިންޝުއަރެންސް ޕޮލިސީ" ގައި ކަވަރު ނުކުރާނެކަމަށް ބަޔާންކުރާ ކޮންސިކުއެންޝަލް ލޮސް ހިމެނިފައިވާ އަންދާސީ ހިސާބެއްމއެ ވެ. މިއިން އެނގެނީ، މިމައްސަލަ ނިންމުމުގައި، އިންޝުއަރެންސް ޕޮލިސީއަށްވެސް ދަށު ކޯޓުން ބަލާފައި ނެތްކަމެވެ.

82އެލައިޑްގެ ފަރާތުން ހުށަހެޅި 07 ވަނަ ނުކުތާއަށް މިކޯޓުން އިތުރަށް ޖަވާބެއް ދޭންޖެހޭ ކަމަކަށް ނުދެކމެ ވެ. ސަބަބަކީ، އެލައިޑްއިން ރިވިއު ކުރަން ހުށަހެޅި މައްސަލައަށް ސުޕްރީމް ކޯޓުން ޖަވާބު ދީފައިވާތީއެވެ. މީގެ އިތުރުން މިމައްސަލައިގައި ކަންހިނގާފައިވާ ގޮތާއި ހުށަހެޅުނު ލިޔުންތަކަށް ބަލާއިރު، އެލައިޑްގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު:A/01-SC/2017 ޤަޟިއްޔާ އަލުން ރިވިއުކޮށްދިނުމަށް ސުޕްރީމް ކޯޓަށް ހުށަހެޅި ހުށަހެޅުމަކީ އޭގެ ޒާތުގައި ދަށު ކޯޓުން ބަލަމުންދިޔަ މައްސަލަ ހުއްޓާލަންޖެހޭ ނުވަތަ މަޑުޖައްސާލަންޖެހޭ ސަބަބެއް ކަމަކަށް ނުދެކމެ ވެ. ސަބަބަކީ، އެމައްސަލަ ދަށު ކޯޓުން އަލުން ބަލަންފެށީ، ސުޕްރީމް ކޯޓް ގެ ބަޔާންވެދިޔަ ޤަޟިއްޔާގެ އިތުރުން ސުޕްރީމް ކޯޓުން ފޮނުވި ސިޓީއެއް ގެ މައްޗަށް ބިނާކޮށް ކަމަށްވާތީ، ދަށު ކޯޓުގައި ކުރިއަށްގެންދާ މައްސަލަ ސުޕްރީމް ކޯޓަށް ރިވިއުކުރަނ ހުށަހެޅް މައްސަލައާއި ގުޅިގެން އެވަގުތަށް މަޑުޖައްސާލަނ ސުޕްރީމް ކޯޓުން ނާންގާހާ ހިނދަކު އެ މައްސަލަ މ ޑުޖައްސާލަންޖެހޭ ސަބަބެއް ފެންނަން ނެތީމައެވެ.

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

ޝަރީޢަތުގެ ވީޑިއޯ

ހައިކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޝެއަރ ކުރައްވާ