ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
2025/HC-A/248

ސިލިންކޯ އިންޝުއަރެންސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ވ. މޯލްޑިވްސް ޕޯޓްސް ލިމިޓެޑް

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި
ސުޕްރީމް ކޯޓުން އިސްތިއުނާފުގެ ހުއްދަ ދީފައި (2026/SC-L/56)ޙުކުމުގެ ހާލަތު
ހައިކޯޓު · 21 ޖޫން 2026ދަށު ކޯޓު: ސިވިލް ކޯޓު 2445/Cv-C/2022ބާވަތް: އިންޝުއަރެންސާ ބެހޭ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
ސިވިލް ކޯޓު 2445/Cv-C/2022
ފަހުގެ ތާރީޚު
ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް

ކޯ ޓާމްސް

ޚުލާޞާ

ކޯޓުން ނިންމަން ޖެހުނު ސުވާލު
އިންޝުއަރެންސް ކުންފުނީގެ ކޯޓޭޝަން ޤަބޫލުކޮށް ޕްރިމިއަމް ދެއްކުމުން އިންޝުއަރެންސް ކޮންޓްރެކްޓެއް އުފެދުނީކަމަށް ކަނޑައެޅުމަކީ އިންޝުއަރެންސް ކޮންޓްރެކްޓްގެ އުޞޫލުތަކާ ޚިލާފުކަމެއްތޯ؛ އިންޝުއަރޑަށް ހާމަކޮށްފައިނުވާ ޕޮލިސީގެ exceptions އަށް ބަރޯސާވެ ކްލެއިމް ރައްދުކުރެވޭނެތޯ؛ އަދި public liability insurance ގެ third party property ގެ މާނައިގައި ބަނދަރުގެ ބެލުމުގެ ދަށުގައިވާ ކްލައިންޓުންގެ ކޮންޓެއިނަރާއި މުދާ ހިމެނޭތޯ.

ނިންމުން

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި

އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 އިންޝުއަރެންސް މުޢާމަލާތަކީވެސް ކޮންޓްރެކްޓެއް ކަމުން، ކޮންޓްރެކްޓެއް ޤާއިމުވެފައިވޭތޯ ބަލަންވާނީ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ އާންމު އުޞޫލުތަކުގެ ދަށުންނެވެ (ހުށަހެޅުން، ޤަބޫލުކުރުން، މުޤާބިލު، ޤާނޫނީ ގުޅުމެއް އުފެއްދުމުގެ ނިޔަތް، ޤާބިލިއްޔަތު، ރުހުން)؛ އިންޝުއަރެންސް ކޮންޓްރެކްޓަށް ޚާއްޞަކޮށް ރިސްކާއި subject matter ކަނޑައެޅިފައިވުމާއި insurable interest އާއި utmost good faith ވެސް ފުރިހަމަވާންޖެހެއެވެ.

HN2 ޤާނޫނުން ވަކި ސިފައެއް ލާޒިމުނުކުރާ ކޮންޓްރެކްޓަކީ ރިޟާއީ ކޮންޓްރެކްޓެއް ކަމުން، ލިޔެ ސޮއިކުރުން ލާޒިމެއް ނޫނެވެ؛ ކޮންޓްރެކްޓެއް ޤާއިމުވޭތޯ ބަލަނީ މައުޟޫޢީ (objective) ޓެސްޓަކުން، ޚަޞްމުން ކަންކަން ކުރިގޮތާއި ލިޔުންތަކަށް ބަލައި ސަބަބުވެރި މީހެއްގެ ނަޒަރުންނެވެ.

HN3 އާންމުކޮށް ކޯޓޭޝަނަކީ invitation to treat އެއް ނަމަވެސް، އެއީ ހަރުކަށި އުޞޫލެއް ނޫނެވެ؛ ރިސްކް، ކަވަރުގެ މުއްދަތު، ޕްރިމިއަމް، ކަވަރޭޖް ފަދަ މުހިންމު ޝަރުޠުތައް ހިމެނޭ ކޯޓޭޝަނެއް ޝަރުޠެއްނެތި ސަރީޙަކޮށް ޤަބޫލުކޮށް ޕްރިމިއަމް ދެއްކުމުން، ޕޮލިސީ ދޫނުކުރިޔަސް އިންޝުއަރެންސް ކޮންޓްރެކްޓް ފުރިހަމަވެއެވެ.

HN4 އިންޝުއަރެންސް އެއްބަސްވުމެއްގައިވެސް ބަރޯސާވެވޭނީ ދެ ފަރާތް ދެމެދު ބަދަލުކުރެވިފައިވާ ޝަރުޠުތަކަށެވެ؛ ޕޮލިސީގެ exceptions/exclusion clause އަކަށް ޢަމަލުކުރެވޭނީ އެއީ އެއްބަސްވުމުގެ ބައެއްކަމާއި އިންޝުއަރޑަށް ހާމަކޮށްފައިވާކަން އިންޝުއަރަރ ސާބިތުކޮށްފިނަމައެވެ؛ utmost good faith ގެ ދަށުން އިންޝުއަރަރގެ މައްޗަށްވެސް ޕޮލިސީގެ ޝަރުޠުތައް އިންޝުއަރޑަށް އަންގައިދިނުމުގެ ވާޖިބު އޮވެއެވެ.

ޕެރ. 68-70؛ ފަނޑިޔާރު ފާޠިމަތު ފަރްހީޒާ ޕެރ. 92-95، 98މި އުޞޫލާ ވައްތަރު އުޞޫލުތައްSaeed Lex ގައި

HN5 ޕޮލިސީއަކީ ކުރިން އުފެދިފައިވާ އެއްބަސްވުމުގެ ހެކި ދައްކައިދޭ ލިޔުމެކެވެ؛ ޕޮލިސީގައި އޮޅުމެއް ނުވަތަ ސާފުނުވާ ކަމެއް ވާނަމަ contra proferentem ގެ އުޞޫލުން މާނަކުރަންވާނީ އެ ލިޔުން ތައްޔާރުކުރި އިންޝުއަރަރއާ ދެކޮޅަށެވެ. (ފަނޑިޔާރު ފާޠިމަތު ފަރްހީޒާ ޕެރ. 97)

HN6 public liability insurance އަކީ ތިންވަނަ ފަރާތަކަށް ލިބޭ ގެއްލުމަށް އިންޝުއަރޑު އުފުލަންޖެހޭ ޤާނޫނީ ޒިންމާއިން ރައްކާތެރިކޮށްދޭ ބާވަތެކެވެ؛ ކޮންޓްރެކްޓުގައި third party މާނަކޮށްފައިނުވާނަމަ އާންމު މާނައަށް ބަލައި (first party = insurer، second party = insured)، އިންޝުއަރޑުގެ ބެލުމުގެ ދަށުގައި ރިސްކް ލޮކޭޝަންގައިވާ ތިންވަނަ ފަރާތްތަކުގެ މުދާ third party property ގެ ތެރޭގައި ހިމެނޭނެއެވެ.

HN7 ދަށުކޯޓުގައި ހުށަނާޅާ ބަހުސްތައް އިސްތިއުނާފުގައި އަލަށް ނުގެނެވޭނެއެވެ؛ ދަށުކޯޓުގެ ނިންމުމެއް އިންޝުއަރެންސްގެ އުޞޫލަކާ ޚިލާފުކަމަށް ބުނާނަމަ އެ އުޞޫލަކީ ކޮބައިކަން އިސްތިއުނާފުކުރާ ފަރާތުން ބުނެދޭންވާނެއެވެ.

ވަކީލުންނާއި ފަނޑިޔާރުން

ވަކީލުން
—
ބެންޗު
ޙުޒައިފާ މުޙައްމަދު، ޙަސަން ޝަފީޢު، ފާޠިމަތު ފަރްހީޒާ
ރިޔާސަތު
—
ރައުޔު ލިޔުނު ފަނޑިޔާރު
ޙުޒައިފާ މުޙައްމަދު · ތާއީދުކުރެއްވީ: ޙަސަން ޝަފީޢު، ފާޠިމަތު ފަރްހީޒާ
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

ފަނޑިޔާރު ޙުޒައިފާ މުޙައްމަދުގެ ރައުޔު

މައްސަލައިގެ ތަޢާރަފު

1މިއީ ސިވިލް ކޯޓުގ ނަންބަރު 2445/Cv-C/2022 ޤަޟިއްޔާއެ ކޯޓުން ނިންމާފައިވަނީ ޝަރުޢީ ނވަތު ޤާނޫނަ ހަމަތަކާއި ޚިލާފަށްކަމަށް ބުނެ އެ ޤަޟިއްޔާ އިސްތިއުނާފުކުރުމަށް އެދުސިލިންކ އިންޝއަރެންސ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް )ކުންފުނީގެ ރަޖިސްޓަރީ ނަންބަރު C-240/2005( )މީގެ ފަހުން "އިސްތިއުނާފުކުރާ ފަރާތް" ނުވަތަ "ސިލިންކޯ އިންޝއުރެންސް"( ދިވެހިރާއްޖޭގ ހައިކޯޓަށް ހުށަހެޅުމުން ބަލާފައިވާ ޤަޟިއްޔާއެވެ.

2މ ޤަޟިއްޔާގައި އިސްތިއުނާފި ރައްދުވަނީމޯލްޑިވްސ ޕޯޓްސް ލިމިޓެޑް)ކުންފުނީގެ ރަޖިސްޓަރީ ނަންބަރ C-846/2008( )މީގެ ފަހުން "އިސްތިއުނާފ ރައްދުވު ފަރާތް" ނުވަތަ "މޯލްޑިވްސް ޕޯޓްސް ލިމިޓެޑް"( ގެ މައްޗަށެވެ.

މައްސަލައިގައި ކަންހިނގާފައިވާގޮތް

3މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ބާނަދަރުތަކަށް ބާލާ މުދަލާއި، ބަނދަރުތަކުގައ ބޭނުންކުރި އުޅަނދުފަހަރާއ ތަކެތި އިންޝުއަރެންސް ކޮށްދޭނެ ފަރާތެއް ހޯދުމަށުކުރި އިޢލާނާއްގުޅިގެން، ޝައުގުވެރިކަން ފާޅުކޮށް، ޕްރީ ބިޑް މީޓިންގއަށ ޙާޟިރުވެފަރާތްތަކުގެ ތެރޭގައި ސިލިންކޯ އިންޝުއަރންސ ހިމެނުނެވެ.

4މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ފަރާތުން ފޯރުކޮށްދިން މަޢުލޫމާތުގެ އަލީގައި، އިންޝެއަރެންސު ފޯރުކޮށްދިނުމަށް ސިލިންކޯ އިންޝުއަރންސްގ ފަރާތުން ނަންބަރު QTY201812-001 ދަޢުވާ ފޯމާއިއެކު ޑޮކިއުމަންޓް 1 ގެ ގޮތުގައިމޯލްޑިވްސ ޕޯޓްސާ ލިމިޓެޑް ގެ ފަރާތުން ހުށަހަޅާފައިވާ “Attendance Register/Pre Bid Meeting” ކޯޓޭޝަ ނ ހުށަހެޅިއެވެ. މި ކޯޓޭޝަންގައި އެ ފަރާތުން “Fire & Allied Perils Insurance” އާއި “Contractor Plant and Machinery Insurance” އާއި Insurance” Comprehensive “Motor އާއި Comprehensive” – Insurance Hull “Marine އާއި Insurance” Liability “Public އާއި Insurance” transit in “Money ފޯރުކޮށްދޭނެކަމަށް ބަޔާންކޮށް، ޕްރިމިއަމް އަގު ބަޔާންކޮށްފައިވެއެވެ.

5ސިލިންކޯ އިންޝުއަރެންސްގެ ފަރާތުން ހުށަހެޅި މި ކޯޓޭޝަން ޤަބޫލުކޮށް، މިކަން މޯލްޑިވްސ ޕޯޓްސް ލިމިޓެޑްގެ ފަރާތުން ސިލިންކޯ އިންޝުއަރެންސްއާ ހިއްސާކޮށްފައިވެއެވެ. އެ ކޯޓޭޝަންގައިވާ ފައިސާ މޯލްޑިވްސ ޕޯޓްސް ލިމިޓެޑްގެ ފަރާތުން އަދާކޮށްފައިވާކަމާމެދު ދެބަސްވުމެއްނެތެވެ.

6އިންޝުއަރެންސް ޕޮލިސް ބޭނުންވީ ދުއްވާތަކެއްޗާއި އުޅަނދުތަކުގެ މަޢުލޫމާތު މޯލްޑިވްސްޕޯޓްސ ލިމިޓެޑްގެ ފަރާތުން އީމެއިލްއަކުން ސިލިންކޯ އިންޝުއަރންސްއާ ހިއްސާކޮށްފައިވެއެވެ. އަދި މ އީމެއިލްގައި، އެ ދުވަހުގެ ނިޔަލަށް ޕޮލިސީ ފޮނުވުމަށް އަންގާފައިވެއެވެ.

7މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން 03 )ތިނެއް( ހަދިސާއަކ ގުޅާ ގޮތުން އިންޝުއަރެންސް ކްލެއިމްކުރުމަށް ސިލިންކޯ އިންޝުއަރންސްއަށް ހުށަހެޅިއެވެ.

7.1. ފުރަތަމަ ހާދިސާއަކީ ނަންބަރު CMAU6128293 ކޮންޓެއިނަރާއި، ނަންބަރު CMAU5967220 ކަންޓެއިނަރު ޑެމޭޖްވިކަމަށ ބުން އެކަމުގެ ބަދަލު ހޯދުމަށް ހުށަހަޅާފައިވާ ހުށަހެޅުމެކެވެ. މި ހުށަހެޅުން ހުށަހަޅާފައިވަނީ ކްލައިމް ނަންބަރ 19/C/086/MITL 18 ޑްސެ ނބަރ 2018 ގައު ސިލިންކޯ އިންޝުއަރެންސްގެ ފަރާތުން ހުށަހެޅި ނަންބަރ 001-QTY201812 “Quotation” މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ނަންބަރު PRC/PRIV/2018/260-113 )30 ޑްސެ ނބަރ 2018( ސިޓީ 31 ޑްސެ ނބަރ 2018 ގައި އަރީޝާ އަޙްމަދުގެ ފަރާތުން ފޮނުވާފައިވާ އީމެއިލް ސިވިލް ކޯޓުގެ ނަންބަރު 2445/Cv-C/2022 ޤަޟިއްޔާގެ "ޤަޟިއްޔާ ނިމުނުގޮތް" ގެ 20 ވަނަ ނުކުތާއާއި، 21 ވަނަ ނުކުތާއާއި، 24 ވަނަ ނުކުތާ )01 އޮގަސްޓް 2019( ގެ ގޮތުގައެވެ. މި ހާދިސާ ހިނގާފައިވާކަމަށް ބަޔާންކޮށްފައިވަނީ 15 މާރިޗް 2019 ގައި 04 )ހަތަރެއް( ބިރިއަށް ޖަހާފައިވާ ކޮންޓެއިނަރު ބަރިއެއްގ އެންމެ މަތީގައި އިން ކޮންޓެއިނަރ ރީސްޓްރަކްޗަރ ނަގަން އުޅުމުގެ ތެރޭގައިއެ ކޮންޓެއިނަރާއ އަދި އެ ކޮންޓެއިނަރ ޖެހުނު ކޮންޓެއިނަރުވެސް ވެއްޓި ހަލާކުވުމުގެ ސަބަބުންކަމަށާއި، ހަލާކުވި ކޮންޓެއިނަރުގ އަގުގެ ގޮތުގައެ USD 7861/01 )ހަތްހާސް އަށްސަތޭކަ ފަސްދޮޅަސް އެއް އެމެރިކާ ޑޮލަރު އެކެއް ސެންޓް( ހޯދުމަށް އެދިފައިވާކަމުގައެވެ.

7.2. ދެވަނަ ހާދިސާއަކީ ނަންބަރު CMAU6128293 ކޮންޓެއިނަރާއި، ނަންބަރު CMAU5967220 ކޮންޓެއިނަރުގެ ތެރޭގައި ހުރި ބިސްކޯދު ހަލާކުވުމުން ހުށަހެޅި ހުށަހެޅުމެކެވެ. މި ހުށަހެޅުން ހުށަހާޅާފައިވަނީ ކްލައިމް ނަންބަރު 19/C/072/MITL )15 މާރިޗް 2019( ގެ ގޮތުގައެވެ. މި ކޮންޓެއިނަރުތަކުގެ ތެރެއިން އެއް ކޮންޓެއިނަރުގައި ހުރީ ގުޑްސްމާޓް ޖެނެރަލްގެ ބިސްކޯދުކަމަށާއި، އެތަކެތި ހަލާކުވެފައިވާކަމެށއި، އެ ތަކެތީގެ އަގަކީ، USD 16,407/95 )ސޯޅަހާސް ހަތަރު ސަތޭކަ ހަތެއް އެމެރިކާ ޑޮލަރު ނުވަދިހަ ފަހެއް ސެނަޓް( ކާމށއި، މި ފައިސާ ހޯދުމަށް އެދޭކަން ބަޔާންކޮށްފައިވެއެވެ.

7.3. ތިންވަނަ ހާދިސާއަކީ ރީފާ ކޮންޓެއިނަރު HLXU3720480 އަށް ދިމާވި މައްސަލައަކާ ގުޅިގެން ހުށަހެޅި ހުށަހެޅުމެކެވެ.މި ހުށަހެޅުން ހުށަހޅާފައިވަނަ ކްލައިމް ނަންބަރ 19/C/065/MITL )09 ޖަނަވަރީ 2019( ގެ ގޮތުގައެވެ.މި ކޮންޓެއިނަރު ބޭލުމަށްފަހު ކަރަންޓު ދީ ދެ ގަޑިން ދެ ގަޑިން ލޮގް ނަގަމުންގޮސ 09 ޖަނަވަރީ 2019 ގެ ދަންވަރު 2 ޖެހިއިރ ލޮގު ނެގިއިރު، ކޮންޓެއިނަރަށ މައްސަލް ދިމާވެފައިވާކަން އެނގުނުކަމެށައި، އ ކޮންޓެއިނަރުގައ ހުރި މުދަލުގެ އަގަކީ USD 31,240/44 )ތިރީސ އެއްހާސް ދުއިސައްތަ ސާޅީސް އެމެރިކާ ޑޮލަރު ސާޅީސް ހަތަރެއް ސެންޓް( ކަމުގައި ބަޔާންކޮށްފައިވެއެވެ.

8މ ކްލައިމްތަކާއި ގުޅިގެން،ސިލިންކޯ އިންޝުއަރެންސްއިން ދީފައިވާ ޖަވާބުގައި، މި ކްލައިމްތަކަށ ބަދަލދ ވެންނެތްކަން އަންގާފައިވެއެވެ. އަދި އޭގެ ސަބަބެއްގެ ގޮތުގައި ޙަވާލާދީފައިވަނީ ނަންބަރު MLMI18TL000145 ޕޮލިސީގެ 3 ވަނަ ނަންބަރުގައި ބަޔާންކުރާ xceptionse އަށެވެ. މި exceptions ގައިވަނީ އަންނަނިވި ފަދައިންނެވެ. “ 3. Liability in respect of the damage to property; a) belonging to the Insured b) In the charge or under the Control of the Insured or any servant or agent of the Insured c) Being that part of any goods or land or building or structure on which the Insured or any servant or agent of the Insured is or has been working.”

9ސިލިންކޯ އިންޝުއަރެންސްއިނ ހުށަހެޅް އަދި މޯލްޑިވްސް ޕޯޓްސީ ލިމިޓެޑުން ޤަބޫލުކުރި ކޯޓޭޝަންގައި ހިމަނާފައިނުވ އަދާ ޙަވާލާދުފާ އިވެސްނވާލިޔުމަށް ޙަވާލާދީ، ބުނެވިދިޔަ އިންޝުއަރެންސް ކްލެއިމްތަކަށް ބަދަލުދީފައިނުވާތީ، ބަދަލު ނުދިނުމަކީ ދެ ފަރާތުގެ ދެމެދު ވެފައިވާ އެއްބަސްވުމާ ޚިލާފުކަމެއްކަމަށް ކަނޑައަޅައި، ކްލެއިމްތަކުގައި އެދިފައިވާ ޖުމްލަ 55,509/40 USD )ފަންސާސ ފަސްހާސް ފަސްސަތޭކަ ނުވައެއް އެމެރިކާ ޑޮލަރު ސާޅީސް ސެންޓް( ސިލިންކޯ އިންޝުއަރެންސްގެ ފަރާތުން އެކީ އެއްފަހަރާ ލިބިގަތުމަށް އެދި މޯލްޑިވްސ ޕޯޓްސް ލިމިޓެޑުން ސިވިލް ކޯޓުގައި ދަޢުވާކުރިއެވެ. މި ދަޢުވާ އެ ކޯޓުން ބަލާފައިވަނީ އެ ކޯޓުގެ ނަންބަރ 2445/Cv-C/2022 ޤަޟިއްޔާގެ ގޮތުގައެވެ. މިއީ މި ޤަޟިއްޔާގެ އިސްތިއުނާފެވެ. ނަންބަރު 19/C/086/MITL ކްލައިމްއާ ގުޅޭ ސިލިންކޯ އިންޝުރައެންސްގ 15 އޮކްޓބަރޫ 2019 ގެ ސިޓީއާއި، ނަންބަރު 19/C/072/MITL ކްލައިމްއ ގުޅާ ސިލިންކޯ އިންޝުރައެންސްގެ 07 ނޮވެންބަރު 2019 ގެ ސިޓީއަދި ނަންބަރ 19/C/065/MITL ކްލައިމެއް ގުޅާ ސިލިންކޯ އިންޝުރައެންސްގ 13 ޖުލައި 2020 ގެ ސިޓީގައި މިފަދައިން ބަޔާންކޮށްފައިވެއެވެ. ސިވިލް ކޯޓުގެ ނަންބަރު 2445/Cv-C/2022 ޤަޟިއްޔާގެ "ޤަޟިއްޔާ ނިމުނުގޮތް" ގެ ދަޢުވާގެ ޚުލާޞާ

10އީ ދަޢުވާގެ ޖަވާބުގައި ސިލިންކޯ އިންޝުއަރެންސްގެ ފަރާތުން ބުނެފައިވަނީ، ދަޢުވާއަކީ ތަފާތު ތިން ކަމެއްގެ މައްޗަށް ހުށަހެޅިފައިވާ ދަޢުވާއެއްކަމުގައިވާތީ، އަދި ކޮންމެ ކަމެއްގެ ވާޤިއާ ތަފާތުވާތީ މިހާރު ހުށަހެޅިފައިވާ ގޮތަށް ދަޢުވާ ކުރިއަށް ނުގެންދެވޭނެކަމާއި، ނަންބަރ MLMI18TL000145 ޕޮލިސީގެ 8 ވަނަ މާއްދާގައި، ޕޮލިސީއަށް ނުވަތަ އޭގައިވާ މާއްދާއަކަށް ނުވަތަ ޝަރުޠަކަށް ނުވަތަ އެކްސެޕްޝަނަކަށ ނުވަތް ޝެޑިއުލްގައިވާ އެއުވަސ ކަމަކަށް ބަދަލް ގެންނަން ބޭނުންނަމަ 7 ދުވަހުގެ ތެރޭގައި ހުށަހެޅުމަށާއި، އެފަދަ ބަދަލެއް ގެނެއުމަށަ ހުށަހަޅާފައިނުވާކަމަށާއި، އިންޝުއަރެންސް ޕޮލިސީ ދޫކުރުމަށްފަހު، ޕޮލިސީއާއެކު އެއްބަސްވުމެއްގެ ގޮތުގައި ބެލެވި ޝަރުޠުތަކާއި އެކްސެޕްޝަންތަކާއ ގުޅިގެނި މައްސަލައެއް ޖެއްސުމެއްނެތި، އ މުއްދަތު ފާއިތުވުމަށްފަހު، ދަޢުވާގައި ހިމެނޭ ކޯޓޭޝަނަށް ހަމައެކަނުރިޢާޔަތްކުރުމަކ ދެކޮޅުޖެހޭކަމެއްނޫންކަމަށާއި، ނަންބަރ MLMI18TL000145 ޕޮލިސީގެ 3 ވަނަ މާއްދާއާ ޙަވާލދ އެ ކްލައިމ ނުލިބޭނެކަމަށް އަންގާފައިވާކަމަށާއި، މި ޕޮލިސީގެ 11 ވަނި މާއްދާގަ ދަށުން ޚުޞޫމާތެއް އުފެދިއްޖެނަމަ އާބިޓްރޭޝަނަށް ހުށަހަޅަންޖެހޭނެކަމަށް ބަޔާންކުރާކަމަށާއި، އަދ މޯލްޑިވްސް ޕޯޓްސަ ލިމިޓެޑްގެ ފަރާތުން ރިވިއުއަށް ހުށަހެޅި ހުށަހެޅުމުގައިވެސް އިންޝުއަރެންސް ޕޮލިސީއާއި އެއާގުޅޭ ލިޔުންތައް ބަލައިނުގަންނަކަމްށއ އަދި ބަލައިގަންނަނީ ހަމައެކަނި ކޯޓޭޝަންކަނ އަންގާފައިނުވާކަމުގައެވެ.

ސިވިލް ކޯޓުން މައްސަލަ ނިންމިގޮތް

11މ މައްސަލައިގައި ސިވިލް ކޯޓުން ޙުކުމްކޮށްފައިވަނީ، މޯލްޑިވްސް ޕޯޓްސް ލިމިޓެޑަށް 55,509/40 USD )ފަންސާސ ފަސްހާސް ފަސްސަތޭކަ ނުވައެއް އެމެރިކާ ޑޮލަރު ސާޅީސް ސިވިލް ކޯޓުގެ ނަންބަރު 2445/Cv-C/2022 ޤަޟިއްޔާގެ "ޤަޟިއްޔާ ނިމުނުގޮތް" ގެ 5 ވަނަ ނުކުތާ ސެންޓް( ސިލިންކޯ އިންޝުއަރެންސްގެ ފަރާތުން ދައްކަންޖެހޭކަން ސާބިތުވާކަމަށް ކަނޑައަޅައި، މ ފައިސާ މޯލްޑިވްސ ޕޯޓްސް ލިމިޓެޑަށް ލިބިދިނުމުގެ ގޮތުން 20 އެޕްރީލް 2025 ގ ނިޔަލަށް މި ފައިސާ ސިވިލް ކޯޓަށް ދައްކައި މި ދަރަނި ޚަލާޞްކުރުމަށް ސިލިންކޯ އިންޝުއަރެންސްއަށ އަންގައެވެ.

12މި ޙުކުމަށް ވާސިލުވުމުގައި ފާހަގަކޮށްފައިވަނީ އަންނަނިވި ކަންކަމެވެ.

12.1. ދެ ފަރާތް ދެމެދު ވެވުނު ކޮންޓްރެކްޓަކީ އިންޝުއަރެންސް ޚިދުމަތް ދިނުމަށްޓަކައި ވެފައިވާ ކޮންޓްރެކްޓެއްކަމްށްއި، އިންޝުއަރެންސް ޚިދުމަތް ދިނުމަށް މޯލްޑިވްސ ޕޯޓްސިލިމިޓެޑުން ހުޅުވާލި ދައުވަތުގައ (invitation to treat) ސިލިންކޯ އިންޝުއަރެންސްގެ ފަރާތުން އެ އިއުލާނަށް އިޖާބަދިނުމުގ ގޮތުނެ ހުށަހެޅް (offer) އަކީ އެ ފަރާތުގެ ނަންބަރު QTY201812-001 )16 ޑިސނެ ބަރް 2018( ކޯޓޭޝަންކަމށަ އ، މިއަށް ބަލައި، 30 ޑިސނެ ބަރް 2018 ގައި މޯލްޑިވްސް ޕޯޓްސާލިމިޓެޑުން އެ ހުށަހެޅުން ޤަބޫލުކުރިކަމަށާއި، މި ހުށަހެޅުން ޤަބޫލުކުރުމއެކު، މި ދެ ފަރާތް ދެމެދު ޤާނޫނު ނަންބަރ 91/4 )ކޮންޓްރެކްޓާބެހޭ ޤާނޫނު( )މީގެ ފަހުން "ކޮންޓްރެކްޓާބެހޭ ޤާނޫނު"( ގެ 5 ވަނަ މާއްދާގައި ބުނާ ފަދަ ކޮންޓްރެކްޓެއް ވެވުނީކަމަށާއި، ހުށަހެޅި ހުށަހެޅުންތަކުގައި ފެންނަން އޮތީ، ކޮންޓްރެކްޓެއްވުމުގ މައިގަނޑު އަސާސަކީ ނުވަތަ އަސާސްތައް ބަޔާންކުރާ އެއް މައިގަނޑު ލިޔުމަކީ ކޯޓޭޝަންކަމެވެ.

12.2. މައްސަލަ އާބިޓްރޭޝަނަށް ހުށަހަޅަންޖެހޭ ކަމަށް ސިލިންކޯ އިންޝުއަރެންސްގެ ފަރާތުން ބަޔާންކުރާއިރު، ދެ ފަރާތނުކޯޓޭޝަނ މެދުވެރިވެގެން ވެފައިވް އެއްބަސްވުމުގައި އާބިޓްރޭޝަނަށް މައްސަލަ ހުށަހެޅުމަށް ބަޔާންކޮށްފައިނުވާކަމަށާއި، ނަންބަރ MLMI18TL000145 އިންޝުއަރެންސް ޕޮލިސް ހިމެނީ ކޮންޑިޝްނަތައ މޯލްޑިވްސް ޕޯޓްސްލިމިޓެޑާއި ޙަވާލުކުރިކަން އެނގޭނެ ހެއްކެއްނެތްކަމަށާއި، މި ޕޮލިސީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑާއި ޙަވާލުކޮށްފައިވާކަމަށް ބަލާ ޙާލަތުގައިވެސް މައި އެއްބަސްވުމުގައި އެކަންކަން ނުހިމެނޭތީ، މި ނުކުތާ އިތުރަށް ވަޒަންކުރަން ނުޖެހޭކަމުގައެވެ. މިކަމުގެ އަލީގައި، މިމައްސަލ އާބިޓްރޭޝަނަށް ހުށަހަޅަން އަންގާނެ ހަމައެއްނެތްކަމުގައެވެ.

12.3. ހުރިހާ ކްލެއިމްތަކ ގުޅިގެނާ އެއް ދަޢުވާއެއް ކޮށްފައިވީނަމަވެސް، މައްސަލައިގައި ދަޢުވާގެ މައުޟޫޢުގައި ހިމެނޭ ޕޮލިސީއާއި، އެއްބަސްވުމާމެދު ވަކި ގޮތެއް ނިންމަންޖެހޭއިރު، އެއީ މައްސަލައެއްގ ގޮތުގައެ ހުށަހެޅުމުން، މި މައްސަލައިގެ ތެރެއިން ދެ ފަރާތުގެ ދެމެދު ވި ފައިވ އެއްބަސްވުމާއި އަދި ޕޮލިސީގައި ހިމެނޭ ކަންކަމާމެދު ތަފާތު ގޮތަކަށް އެހެން ޤަޟިއްޔާގައ ނިންމުމުގެ ފުރުޞަތު ނޯންނާނެކަމަށާއި، މިހާރު ހުށަހެޅިފައިވާ ގޮތަށް މައްސަލަ ކުރިއަށް ގެންދިޔުމުގައި ސިލިންކޯ އިންޝުއަރެންސްގެ ފަރާތުން ހުށަހެޅި ނުކުތާއަކީ އިޖުރއީގޮތުނ ބަލައިގަންނަންޖެހޭކަމެއް ނޫންކަމުގައެވެ.

12.4. ޕްލިސީގައ ހިމެނި އެކްސެޕްޝަންތަކުގެ ބައި މޯލްޑިވްސް ޕޯޓްސޭލިމިޓެޑާއި ހިއްސާކޮށްފައިނުވާކަން ބަޔާންކޮށްފައިވާއިރު، އެ ވާޤިއާ އެނޫން ގޮތަކަށް އޮތްނަމަ އެކަމާ ގުޅޭ ހެކި ހުށަހެޅުމުގެ ފުރުޞަތު ސިލިންކޯ އިންޝުއަރެންސްއަށް ލިބިގެންވާކަމި ށއި، ހެކި ހުށަހެޅުމަށް ސިލިންކޯ އިންޝުއަރެންސްއަށް ފުރުޞަތު ދެވިފައިވުމާއި، ނަމަވެސް އެ ލިޔުން ހިއްސާކޮށްފައިވާކަމުގައި ބުރަވާނެ ވާޤިއާއެއް ނެތުމާއެކު، އެ ލިޔުން ހިއްސާކުރިކަމަށ ކަނޑައެޅޭނެ ގޮތެއް ނެތްކަމުގައެވެ. މިހެންކަމުން، އެ ލިޔުމުގައި ހިމެނޭ ކަންކަން މި މައްސަލައިގައި ވަޒަންކުރަންނުޖެހޭނެކަމުގައެވެ.

12.5. ދާ ފަރާތެ ދެމެދް ވެފައިވާ އެއްބަސްވުމުގައި، އަދި އެއްވެސް ލިޔުމެއްގައި، ކޯޓޭޝަންގައި އަދި ޕޮލިސީގައި ބަޔާންކުރާ party third އަކީ ކޮބައިކަން ބުނެނުދޭކަމަށާއި، ހާދިސާގެ ކްލައިމްއާމެދ ގޮތެއު ނިންމުމާއި ހަމައަށް އެ ބައިގެ ތަފްޞީލަކާމެދު ވަކި ގޮތަކަށް ޚަޞްމުން ޢަމަލުކޮށްފައިވާކަން ބަޔާންކުރާ ވާޤިއާއެއް ހުށަހެޅިފައިނުވާކަމުގައެވެ.

12.6. އެއްބަސްވުމުގައި، public liability insurance ގެ މާނައިގެ ތެރޭގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ޕޯޓެއްގެ ބޭރުން ހިނގާފައި ދިޔަ މީހަކަށް ގެއްލުމެއް ލިބިގެން ނުވަތަ އެތަނުގެ ބޭރުގައި ޕާކްކޮށްފައި އޮތި އުޅަނދަކަށް، ނުވަތަ މަގުމަތިން ދުއްވާފައި ދިޔަ ވެހިކަލަކަށ ގެއްލުންވެގެން، ނުވަތަ ކައިރީގައި ހުރި ޢްމާރާތަކަށ ލިބް ގެއްލުން، ނުވަތަ ޕޯޓް ތެރޭގައި ހުރި އާންމު މީހަކަށް ނުވަތަ އޭނާގެ މުދަލަށް ލިބޭ ގެއްލުމެއް ބަޔާންކޮށް އެކަންކަމަށް ލިމިޓްކޮށ އެއްވެސ ކަމެއް ބަޔާންކޮށްފައިނުވާކަމުގައެވެ.

12.7. party third ގ މާނައިގެ ތެރޭގައި،ޕޯޓްސޭއިނ ޚިދުމަތް ހޯދާ ފަރާތްތަކުގެ މުދާ، އ ފަރާތގު ބެލުމުގެ ދަށުގައި ހުންނައިރު، އެ ފަރާތުގެ މަސައްކަތުގެ ތެރެއިން އެ މުދަލަށް ލިބޭ ގެއްލުން އިންޝުއަރެންސް ޕޮލިސީގައި ކަވަރުނުކުރާނަމަ، އެކަން އޮޅުމެއްނެތްގޮތުގައ ސަރީޙަކޮށް ދެ ފަރާތުގެ ދެމެދުގައި އެއްބަސްވްފައި އޮންނަންވާނެކަމަށާއި، މި މައްސަލައިގައ އެފަދައިން އެއްބަސްވިކަން ސިލިންކޯ އިންޝުއަރެންސްގެ ފަރާތުނ ސާބިތުކުރެވިފައިނުވާކަމުގައެވެ.

12.8. އެއްބަސްވުމުގައި property party third ބަޔާންކުރުމުގައި، އެއްވެސް އިސްތިސްނާއެއް ނެތުމާއެކު، މި މާނައިގެ ތެރޭގައި، ޕޯޓްސްތެރޭގައި އެ ފަރާތުގެ ބެލުމުގެ ދަށުގައި ހުންނަ ތިނވަން ފަރާތުގަ ވިޔަފާރި މުދާ ހިމެނޭނެކަމަށާއި، އެހެންކަމުން، މިހާރު ކްލެއިމް ހުށަހަޅާފައިވާގޮތަށް، އެ ކްލެއިމްގައ ހިމެނި ގެއްލުން ލިބުނު މުދަލުގެ ވެރިފަރާތަކީ ޕޯޓްސް ލިމިޓެޑްކަމުގައި ނުވުމާއި، އެ މުދަލަކީ އެ ފަރާތުގެ ވިޔަފާރީގެ މަސައްކަތުގައި ގެއްލުން ލިބުނު ތިންވަނަ ފަރާތެއްގެ މުދާ ކަމުގައިވާތީ، އެ ކްލެއިމްތަކުގައ ހިމެނި ފައިސާ އެއްބަސްވުމާއި އެއްގޮތަށް ސިލިންކޯ އިންޝުއަރެންސްގެ ފަރާތުން ދައްކަންޖެހޭނެކަމުގައެވެ.

12.9. އެއްބަސްވުމުގެ ބައިވެރިންނަށް ލާޒިމުވަނީ އެއްބަސްވުމުގެ ޝަރުޠުތަކާ އެއްގޮތަށް ޢަމަލުކުރުންކަމުށައި، އެނޫން ގޮތަކަށް ޢަމަލުކުރެވޭނީ އަނެއް ފަރާތުން ލެޔެއ ދިނުމުން ނުވަތް އެނޫން ގޮތަކަށް ޢަމަލުކުރުމަށް އެއްބަސްވުމުންކަން ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 20 ވަނަ މާއްދާގެ )ހ( އިން އެނގެން އޮންނަކަމަށ އ، ޚަޞްމުންގެ މެދުގައި އިތުރުގޮތްކ ށ އެއްބަސްވިކަން އެނގެން ނެތްކަމަށާއި، އަދި ލުޔެއް ދިންކަން އެނގެން ނެތްކަމަށާއި،ވީމާ މޯލްޑިވްސ ޕޯޓްސް ލިމިޓެޑުން ހުށަހެޅް އިންޝުއަރެންސް ކްލެއިމްތައ ބަލައިނުގަތުމަށް އަދި ފައިސާ ނުދިނުމަށ ސިލިންކޯ އިންޝުއަރެންސްއިނ ނިންމާފައިވަން އެއްބަސްވުމާއި ޚިލާފަށްކަމުގައ ސާބިތުވަކަމުގައެވެ.

އިސްތިއުނާފުކުރުމަށް ހުށަހެޅި ނުކުތާތައް

13ބަޔާނވެދިޔް ޤަޟިއްޔިއެ ކޯޓުން ނިންމާފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއެއްގޮތް ނުވާކަމަށް ބުން އެ ނިންމުން އިސްތިއުނާފުކުރުމަށް އެދީސިލިންކޯ އިންޝުއަރެންސްގެ ފަރާތުނިހުށަހަޅާފައިވަނ އަންނަނިވ 02 )ދޭއް( ނުކުތާއެވެ. އެގޮތުން ހުށަހަޅާފައިވާ ނުކުތާތަކަކީ؛

13.1. އިންޝުއަރެންސް ކޮންޓްރެކްޓް ޤާއިމުކުރެވިފައިވާގޮތް ކޮންޓްރެކްޓާބެހޭ ޤާނޫނުގެ ދަށުން، މި މައްސަލައަށް ތަޠުބީޤުކޮށްފައިވަނީ އިންޝުއަރެންސް ކޮންޓްރެކްޓްގެ އުޞޫލުތަކާއި ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާއާއި،

13.2. އިންޝުއަރެންސް ޕޮލިސީއެއް ދިނުމަށް ދޭ ކޯޓޭޝަނެއ ޤަބޫލުކުރުން އެއް ކޮންޓްރެކްޓާބެހޭ ޤާނޫނުގެ ދަށުން ކޮންޓްރެކްޓެއް ޤާއިމުވުންކަމަށް ހަމައެކަނި ބަހުސްގެ ބޭނުމަށް ބެލިނަމަވެސް، ސިވިލް ކޯޓުން ފައިސް ދެއްކުމަށް ޙުކުމްކޮށްފައިވަނީ ކޯޓޭޝަންގެ ޓަރމްސް އެންޑް ކޮންޑިޝަންއާވެސ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.

14ފުރަތަމަ އިސްތިއުނާފީ ނުކުތާ ތަފްޞީލުކުރަމުންސިލިންކޯ އިންޝުއަރެންސްގެ ފަރާތުނ ބުނެފައިވަންމ މައްސަލައިގައި ސިވިލް ކޯޓުގެ ނިންމުމުގައި މޯލްޑިވްސ ޕޯޓްސްލިމިޓެޑުން ކޯޓޭޝަނ ޤަބޫލުކުރުމާއެކު ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 5 ވަން މާއްދާގަ ދަށުން ކޮންޓްރެކްޓެއް ވެވުނީކަމަށް ކަނޑައަޅާފައިވާކަމުގައެވެ. މިފަދައިން ނިންމާފައިވަނީ މޯލްޑިވްސ ޕޯޓްސަ ލިމިޓެޑުން ކޮށްފައިވާ އިޢުލާނަކާ "އިންވިޓޭޝަނ ޓް ޓްރީޓް" އެއްކަމަށާއި، ކޯޓޭޝަނަކީ "އޮފަރ"އެއް ކަމށްއި، ކޯޓޭޝަން މޯލްޑިވްސް ޕޯޓްސަ ލިމިޓެޑުން ޤަބޫލުކުރުމުން އެއީ "އެކްސެޕްޓަންސް" ފުރިހަމަވީކަމަށް ބަލައިގަތުން ކަމުގައެވެ. އެހެންސް، އެއީ ނުބައިކޮށް ތަޠުބީޤުކޮށްފައިވާ އުޞޫލެއްކަމުގައެވެ. އެއީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން ކޯޓޭޝަން ޤަބޫލުކުރިކަމަށް ސޯޓީއެއް ފޮނުވިނަމަވެސް، ސިލިންކޯ އިންޝުއަރެންސްގެ ފަރާތުން ޕޮލިސީ ނުދޭނަމަ، ރިޢާޔަތްކުރާނީ ކޮންޓްރެކްޓެއް ނޯންނާނެކަމުގައެވެ.

15ކޯޓޭޝަންގައި މައިގަނޑު 3 ބާވަތެއްގެ އިންޝުއަރެންސް ޕްރިމިއަމްގެ އގަ ދައްކަންޖެހޭކަން ބަޔާންކޮށް މާއްދާތައް ހިމަނާފައިވާއިރު، މިއިން ކޮންމެ ބާވަތަކަށް ވަކި ޚާއްޞަ "ޕޮލިސީ ވޯޑިންގް" ހިމެނޭހެނެއިންޝުއަރެންސް އިންޑަސްޓްރގ އާންމު އުޞޫލުގެ ދަށުން ވަކި 3 ޕޮލިސީއެއް ދޫކުރެވޭކަމުގައެވެ.

16މ ކޯޓޭޝަން މޯލްޑިވްސް ޕޯޓްސްލިމިޓެޑުން ޤަބޫލުކުރުމުން، އެ ހިސާބުން ކޮންޓްރެކްޓެއް ޤާއިމުނުވާނެކަމަށާއި، ކޯޓޭޝަންގައި ބަޔާންކޮށްފައިވާ ޕްރިމިއަމްގައި ކޮންޓްރެކްޓެއް ޤާއިމުކުރުމަށްޓަކައި، ފައިސާ ދައްކަންޖެހޭ މުއްދަތުގައި "ޕޮލިސީ ވޯޑިންގް" ހިމެނޭގޮތަށް ކަވަރު ނޯޓު، ޝެޑިއުލް، އަދި ޓަރމްސާ އެންޑް ކޮންޑިޝަން ދޫކުރެވިފައިވާނެކަމާށއި، މި ހުރިހާ ލިޔެކިޔުންތަކަކީ ކޮންޓްރެކްޓްގެ ބައިކަމަށާއި، އިންޝުއަރެންސް ކޮންޓްރެކްޓް ޞައްޙަ ގޮތުގައި އުފަންވާނީ ޝެޑިއުލްއާ އެއްގޮތަށް ޕްރިމިއަމް ދެއްކުމުންކަމުގައެވެ.

1731 ޑިސނެ ބަރް 2018 ގައް މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ މުވައްޒަފެއް ޕޮލިސް ފޮނުވައިދިނުމަށް އެދިފައިވާކަމަށާއި، ކޯޓޭޝަނަކީ ކޮންޓްރެކްޓްނަމަ، އިތުރަށް ފޮނުވަންޖެހޭ ޕޮލިސީއެއް ނޯންނާނެކަމަށާއި، ކަމުގެ ޙަޤީޤަތަކީ، ކޯޓޭޝަނަކީ އިންޝުއަރެންސް ޕޮލިސީ ނޫންކަން ޚުދު މޯލްޑިވްސް ޕޯޓްސް ލިމިޓެޑަށްވެސް އެނގޭކަމުގައެވެ.

18މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން ކޮށްފައިވާ ކްލެއިމްތަކަކީ insurance liability public ގެ ދަށުން ކޮށްފައިވް ކްލެއމ ތަކެއްކަމަށާއި،ހަމައެކަނި ކޯޓޭޝަނަކީ ކޮންޓްރެކްޓްކަމުގައި ބަލައިފިނަމަ، އެއަކުނ އެއްވެސް އެއްޗެއް ސާފުނުވާނެކަމަށާއި، ދަޢުވާކުރެވެނީ ކޯޓޭޝަންގެ ކޮން މާއްދާއަކުންކަންވެސް އަދި ކޮން އުޞޫލަކުންކަން ނޭނގޭނެކަމަށާއި، ސަބަބަކީ ކޯޓޭޝަނަކީ ކޮންޓްރެކްޓަށްނުވާތީ ކަމުގައެވެ.

19އިންޝުއަރެންސް ކޮންޓްރެކްޓް އުފަންވާނީ ޕޮލިސީ ދޫކުރުމުންކަމަށާއި، މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން ކޯޓޭޝަން ޤަބޫލުކުރުމުން، 3 ބާވަތުގެ އިންޝުއަރެންސް ޕޮލިސީ، ވަކި ވަކި ޕޮލިސީ ނަންބަރު ކަނޑައަޅާ ދޫކުރެވުނުކަމުގައެވެ. އަދި ކޮންމެ ޕޮލިސީއެއްގައި، އެ ޕޮލިސީއަކީ ގުޅާ ޓަރމްސް އެންޑް ކޮންޑިޝަންތައް ބަޔާންކޮށްފައިވާނެކަމުގައެވެ.

20ވީމާ، ސިލިންކޯ އިންޝުއަރެންސްއިން ދީފައިވާ ކޯޓޭޝަން މޯލްޑިވްސް ޕޯޓްސީލިމިޓެޑުން ޤަބޫލުކުރުމުން، ކޮންޓްރެކްޓެއް އުފެދުނީކަމަށް ބަލާނަމަ، ފައިސާ ހޯދުމަށް ދަޢުވާކޮށްފައިވަނ ކޯޓޭޝަންގެ ކޮން މާއްދާއެއްގެ ދަށުންކަން ސާބިތުކޮށްދެވިފައިނުވާކަމުގައެވެ. އަދި ފައިސާ ދެއްކުމަށް ސިލިންކޯ އިންޝުއަރެންސްއިން ޒިންމާވާންޖެހެނީ ކޮން ޤާނޫނ ހަމައަކުންކަންވެސް ސާބިތުކޮށްދެވިފައިނުވާކަމުގައެވެ.

21insurance public liability ގ މަޤްޞަދަކީ ތިންވަނަ ފަރާތެއްގެ މުދާ އިންޝުއަރެންސް ކުރުންކަމަށްވާއިރު،ތިންވަނަ ފަރާތެއްގެ މުދަލަށް ލިބޭ ގެއްލުމަށް ބަދަލު ނުލިބޭފަދަ ގޮތަކަށް އިސްތިސްނާ )އެކްސެޕްޝަން ކްލޯޒެ( އެއް ނުދެވޭނެކަމަށާއި، އެހެނީ، އެފަދަ އެކްސެޕްޝަން ކްލް ޒްއ ވުޖޫދުވާނަމަ އިންޝުއަރެންސް ވިޔަފާރި މުޢާމަލާތުން މޯލްޑިވްސ ޕޯޓްސް ލިމިޓެޑުން ހޯދި މަންފާ އެކުއެކީގައި ގެއްލިދާނެކަން އެނގެން އޮތުމާއެކު ކަމުގައެވެ.

22ކޮންޓްރެކްޓެއްގެ ރުކުންތައް ފުރިހަމަވެގެން އެކުލަވާލެވޭ ކޮންމެ ކޮންޓްރެކްޓެއް ހެޔޮނިޔަތުގައި ތަންފޒުކުރުމަކ އިސްލާމީ ޝަރީޢަތުގެ އަސާސީ ޤާއިދާއެއްކަމަށްވާ "އަހުދަށް ވަފާތެރިވުމުގެ" ޤާއިދާގެ އިތުރުން، pacta sunt servanda ގ މަބްދައުގެ މަތިން، އެ ކޮންޓްރެކްޓްގެ ބައިވެރިންގެ މައްޗަށް ލާޒިމުވެގެންވާ ކަމެއްކަން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރ 2017/SC-A/32 ޑަބްލިއު.އެލް.ޓީ ޕްރައިވެޓް ލިމިޓެޑް ވ. ދިވެހި ދައުލަތް )މިނިސްޓްރީ އޮފް ޓޫރިޒަމް އާރޓްސ އެންޑް ކަލްޗަރ( ޤަޟިއްޔާއިން ކަނޑައަޅާފައިވާކަން އެނގެން އޮންނައިރު، މި އިންޝުއަރެންސް ޕޮލިސީއަކީ މޯލްޑިވްސ ޕޯޓްސްލިމިޓެޑްގައ ބަހައްޓާފައި ހުންނަ އެކި ފަރާތް ތަކުގެ މުދާތަކަށ ލިބިދާނެ ގެއްލުމެއް ކަވަރު ކުރުމަށް ނަގާފައިވާ އިންޝުއަރެންސް ޕޮލިސީއެއްކަން އެނގޭ ޙާލު، އ މަޤްޞަދު ހާސިލުނުކުރެވޭގޮތަށ އިންޝުއަރެންސް ކޮންޓްރެކްޓް މާނަކުރަން އުޅުމަކީ ރަނގަޅު ނިޔަތުގެ މަބްދައުއ ޚިލާފަށާ ނިންމާފައިވާ ނިންމުމެއްކަމުގައެވެ.

23ދެވަނަ އިސްތިއުނާފީ ނުކުތާތަފްޞީލުކުރަމުން ސިލިންކޯ އިންޝުއަރެންސްގެ ފަރާތުން ބުނެފައިވަނީ ސިލިންކޯ އިންޝުއަރެންސްގެ ކޯޓޭޝަން މޯލްޑިވްސ ޕޯޓްސް ލިމިޓެޑުން ޤަބޫލުކުރުމުން ކޮންޓްރެކްޓެއް އުފެދުނީކަމަށް ބަހުސްގެ ބޭނުމަށް ބަލާއިރު، އެއްބަސްވުމުގެ third party property މާނައިގެ ތެރޭގައި، އެ ފަރާތުގެ ބެލުމުގެ ދަށުން ހުންނަ ތިންވަނަ ފަރާތުގެ ވިޔަފާރި މުދާ ހިމެނޭކަމަށް ސިވިލް ކޯޓުން ބަޔާންކުރިނަމަވަސް، މިއީ ރަނގަޅު މާނަކުރުމެއް ނޫންކަމުގައެވެ.

24public liability policy މާނަކުރުމުގައި third party property ގ މާނައިގެ ތެރޭގައި، އިންޝުއަރެންސް ޕޮލިސީ ނަގާ ފަރާތުގެ ކޮންޓްރޯލްގެ ދަށުގައި، އެ ފަރާތުގެ ކަސްޓަޑީގެ ދަށުގައި އާ ފަރާތުގެ އޮޕަރޭޝަންތަކުގައ ބޭނުންކުރި މުދާ ނުހިމެނޭނެކަމްށް އ، މިއީ އާންމު އުޞޫލުން އިންޝުއަރެންސް އުޞޫލުން third party މާނަކުރާގޮތްކަމުގައެވެ.

25ކެންޓއިނަރުތަކުގެ މިލްކުވެރި ފަރާތަކީ އެހެން ތިންވަނަ ފަރާތެއް ނަމަވެސް، އެ ކޮންޓްއިނަރުތައެ ބޭނުންކުރަމުންދަނީ އިންޝުއަރެންސް ނެގިފަރާތުގެ ޕޯޓުގައި، ޕޯޓުގެ ބޭނުމަށް، އަދި އިންޝުއަރެންސް ނެގި ފަރާތުގެ އޮޕަރޭޝަންތަކުގައިކަމަށާއި، އެ ޙާލަތުގައި އެއީ second party ގެ މުދާކަމަށާއި، third party ގ މުދަލަކަ، މިސާލަކަށް މުދާ ބަރުކުރުމަށ ޕޯޓް ސަރަހައްދަށީ ވަނުން އަމިއްލަ ޕިކަޕެއް، ނުވަތިޕޯޓު ސަރަހައްދަށް އާންމުންގެ މީހކަ ސައެ ކިލ އްގައް ނުވަތަ އެހެން ގޮތަކުނނަމަވެސެވަދެ ހުންނައިރު އެމީހެއްގެ މުދާކަމުގައެވެ.

26ކޯޓޭޝަނަކީ އިންޝުއަރެންސް ކޮންޓްރެކްޓްކަމަށ ބަލް ޙާލަތުގައިވެސް، party third މާނަކުރަންޖެހޭނީ އިންޝުއަރެންސް އިންޑަސްޓްރީގައި އާންމުކޮށް މި މާނަކުރާ މޭރުމުންކަމުގައެވެ.

27މޯލްޑިވްސް ޕޯޓްސިލިމިޓެޑްގެ ސަރަހައްދުގައ އެ ކުންފުނީގެ ބެލުމުގއަހުންނަ ކޮންޓއިނަރެތަކަކީ، އެއީ ކޮންމެ ފަރާތެއްގެ މުދާ ކަމުގައިވީނަމަވެސް، މޯލްޑިވްސ ޕޯޓްސެލިމިޓެޑާއި އެ ކޮންޓްއިނަރް ތަކުގެ ވެރިފަރާތާ ދެމެދު މޯލްޑިވްސ ޕޯޓްސް ލިމިޓެޑަކީ first party އަދި ޕޯޓުގައި ބޭނުންކުރާ، ޕޯޓުގ ކޮންޓްރޯލްގެ ދަށުގައިވާ ކޮންޓީއިނަރތަކުގެ ވެރިފަރާތަކީ second party ގެ ގުޅުން ކަމުގައި ބެލެވޭނެކަމެވެ. އަދި ކޮންޓއިނަރުގ ވެރިފަރާތަކީ party third ކަމުގައި ނުބެލެވޭނެކަމަށާއި، އަދި އެފަދައިން ބަލަންޖެހޭ އެއްވެސް ހަމައެއް މޯލްޑިވްސ ޕޯޓްސް ލިމިޓެޑްގެ ފަރާތުން ޝަރީޢަތަށް ސާބިތުކޮށްދީފައިނުވާކަމުގައެވެ.

28އިސްތިއުނާފުކުރާ ފަރާތުން އެދިފައިވަނީމި މައްސަލައިގައި އިންޝުއަރެންސް ކޮންޓްރެކްޓް ޤާއިމްކުރެވިފައިވ ގޮތާ ސިވިލް ކޯޓުން ކަނޑައަޅާފައިވަނީ، ސިލިންކޯ އިންޝުއަރެންސް އިން ހުށަހެޅ ކޯޓޭޝަނ މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން ޤަބޫލުކުރާ ހިސާބުންކަމަށް ކަނޑައަޅާފައިވަނީ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ ދަށުން ރަނގަޅަށްނޫންކަމަށް ކަނޑައަޅައިދިނުމަށާއި،އިންޝުއަރެންސް ޕޮލިސީއެއް ދިނުމަށް ދެވޭ ކޯޓޭޝަން އެއީ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ ދަށުން ކޮންޓްރެކްޓެއް ޤާއިމްކުރުންކަމަށް ބަހުސްގެ ބޭނުމަށް ބެލިނަމަވެސް،ސިލިންކޯ އިންޝުއަރެންސްގް ފަރާތުނ މޯލްޑިވްސ ޕޯޓްސް ލިމިޓެޑްއަށް ފައިސާ ދައްކަންޖެހޭކަމަށް ސިވިލް ކޯޓުން ކަނޑައަޅާފައިވަނީ ކޯޓޭޝަންގެ ޝަރުޠުތަކާވެސ ޚިލާފަށްކަމަށް ކަނޑައަޅައިދިނުމަށެވެ.

އިސްތިއުނާ ފީ ނުކުތާތަކުގެ ރައްދު

29ފުރަތަމަ އިސްތިއުނާފީ ނުކުތްގެ ރައްދުގައި މޯލްޑިވްސ ޕޯޓްސެލިމިޓެޑްގެ ފަރާތުން ބުނެފައިވަނީ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 5 ވަނަ މާއްދާގައިވާ އުޞޫލަކީ ކޮންޓްރެކްޓްތަކާބެހޭ އެންމެ އަސާސީ އެއް އުޞޫލުކަމްށއި، މިއީ އިންޝުއަރެންސް ކޮންޓްރެކްޓެއް ނުވަތަ އެހެން ބާވަތެއްގެ ކޮންޓްރެކްޓެއް ކަމުގައިވީނަމަވެސް، ޝަރީޢަތުން ތަޠުބީޤުކުރާ އުޞޫލުކަމުގައެވެ.

30ސިވިލް ކޯޓުން މައްސަލް ނިންމާފައިވަ ގޮތަށާ ބަލާއިރު، ދެ ފަރާތް ދެމެދު އިންޝުއަރެންސް ޚިދުމަތް ދިނުމަށްޓަކައި ވެފައިވާ ކޮންޓްރެކްޓް އުފެދިފައިވަނީ ކޮން ގޮތަކަށްކަން ބަލާފައިވާކަމަށާއި، އެގޮތުން އިންޝުއަރެންސް ފޯރުކޮށްދިނުމަށް ހުޅުވާލި ދައުވަތަށ treat) to (invitation ސިލިންކޯ އިންޝުއަރެންސްއިން އިޖާބަދީ ހުށަހެޅުމެއް ހުށަހަޅައި (offer) މި ހުށަހެޅުމުން މޯލްޑިވްސްޕޯޓްސ ލިމިޓެޑުން ޤަބޫލުކުރުމާއެކ (acceptance) ދާ ފަރާތެ ދެމެދް ޤާނޫނު ގޮތުން ކޮންޓްރެކްޓެއް އުފެދުނީކަމަށް ބަޔާންކުރާކަމުގައެވެ.ދ ފަރާތެ ދެމެދް ކޮންޓްރެކްޓެއް ވުޖޫދަށް އަންނާނީ މިހާ ހިސާބުންކަން ދެ ފަރާތުން ހުށަހަޅާފައިވާ ލިޔުންތަކުންނާއި ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގައި ފެންނަން އޮތްކަމުގައެވެ.

31ސިލިންކޯ އިންޝުއަރެންސްގެ ފަރާތުން ޕޮލިސީ ފޮނުވުމާހަމައަށް ކޮންޓްރެކްޓެއް އުފެދިފައިނުވާކަމުގައި އެ ފަރާތުން ބުނިނަމަވެސް، މިއީ މި މައްސަލައިގެ ޙަޤީޤަތްތަކާއި ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 4 ވަނަ މާއްދާއާ ޚިލާފު ބުނުމެއްކަމަށާއި، އިންޝުއަރެންސް ކުރާ ފަރާތާއި ކުރެވޭ ފަރާތާ ދެމެދު އެއްބަސްވުމެއް އުފެދުން ބިނާވެފައި އޮންނާނީ ޕޮލިސީ ވޯޑިންގްގެ މައްޗަށ ނޫންކަމުގައެވެ. މިކަން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރ 2020/HC-A/158 އެލައިޑް އިންޝުއަރެންސް ކޮމްޕެނީ އޮފް ދަ މޯލްޑިވްސް ޕްރައިވެޓް ލިމިޓެދް ވ. ޔޮޓް ޓުއަރސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގެ 16 ވަނަ ޕެރެގްރާފުން އެނގޭކަމުގައެވެ. މި ޤަޟިއްޔާއިން އިންޝުއަރެންސް އެގްރިމެންޓާއި އިންޝުއަރެންސް ޕޮލިސީއަކީ ތަފާތު ދެ މާނައެއް ދޭހަކޮށްދޭ ޖުމްލައެއްކަން އެނގޭކަމުގައެވެ. މިގޮތުން އިންޝުއަރެންސް ޕޮލިސީއަކީ އިންޝުއަރެންސް އެއްބަސްވުމެއް އޮތްކަން ދަލާލާތުކޮށްދޭ އެއްޗެއްކަމަށާއި، ނަމަވެސް ހަމައެކަނި ޕޮލިސީއެއް އޮތުމަކީ އެއްބަސްވުމެއް އޮތްކަން ހާމަކޮށްދޭ ކަމެއް ކަމަށް ނޫނަކަން އެނގޭކަމުގައެވެ.

32ސިވިލް ކޯޓުން ކޮންޓްރެކްޓާބެހޭ ޤާނޫނު ތަޠުބީޤުކޮށްފައިވަނީ އިންޝުއަރެންސް ކޮންޓްރެކްޓްގެ ކޮން އުޞޫލަކާއި ޚިލާފަށްކަމަށް ސިލިންކޯ އިންޝުއަރެންސްއަށް ބުނެދެވިފައިނުވާކަމުގައެވެ.

33ސިލިންކޯ އިންޝުއަރެންސްގެ ފަރާތުން "އެކްސެޕްޝަންސް ޝީޓް" ގެ މައްޗަށް ބަރޯސާވެ، އިންޝުއަރެންސް ފައިސާ ފޯރުކޮށްނުދޭން ނިންމާފައި އޮތް ނިންމުމަކީ ސިވިލް ކޯޓަށް ހުށަހެޅުނު ދަޢުވް އެކަމުގެ މައްޗަށް ބިނަވާ މައިގަނޑު ނުކުތާކަމުގައިވާއިރު، މި "އެކްސެޕްޝަންސް ޝީޓް" ސިލިންކޯ އިންޝުއަރެންސްގެ ފަރާތުން ޙަވާލުކޮށްފައިވާކަން ސާބިތުކޮށްދިނުމަށް އެއްވެސް ހެއްކެއް ހުށަހަޅާފައނުވާކަމަށާއި، އަދި މިއީ ސިވިލް ކޯޓުގެ ނިންމުންވެސް ބިނާކޮށްފައިވާ އަސާސްކަމުގައެވ.

34ދެވަނަ އިސްތިއުނާފީ ނުކުތްގެ ރައްދުގައި މޯލްޑިވްސ ޕޯޓްސަލިމިޓެޑްގެ ފަރާތުން ބުނެފައިވަނީ މި ނުކުތާގެ ދަށުން ސިވިލް ކޯޓުގެ ހުކުމުގައި ޚިލާފުވެފައިވަނީ ކޯޓޭޝަންގެ ކޮން ޓަރމްއެއ ނުވަތް ކޮންޑިޝަންއަކާކަން ސިލިންކޯ އިންޝުއަރެންސްގެ ފަރާތުން ބުނެދީފައިނުވާކަމުގައެވެ.

35މި ނުކުތާގައި ސިވިލް ކޯޓުން third party property މާނަކޮށްފައިވަނީ ރަނގަޅަށްނޫންކަމަށް ދޭހަވާގޮތަށް މި ނުކުތާ ހުށަހެޅިނަމަވެސް، ސިލިންކޯ އިންޝުއަރެންސްއިނ ހުށަހަޅާފައިވާގޮތަށް third party property ޝަރީޢަތުން މާނަކުރަންޖެހޭ އެއްވެސް ޤާނޫނީ ސަބަބެއް އެ ފަރާތުން ހުށަހަޅާފައިނުވާކަމުގައެވެ.

36ޙަވާލާދޭ ކޯޓޭޝަންގައި property party third މުނަކޮށްފައިނުވާކަން ޚުދު ސިލިންކޯ އިންޝުއަރެންސްގެ ފަރާތުންވެސް ބަޔާންކުރާއިރު، އިންޝުއަރެންސް ޚިދުމަތުގައި މި ލަފްޒީ މާނަކުރާގޮތް އެނގޭނެ އެއްވެސް ލިޔުމެއް އެ ފަރާތުން ހިއްސާކޮށެފ އިނުވާކަމުގައެވ. third party property ގ ތެރޭގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ މުދާ ނުހިމެނޭކަމަށާއި، އެއީ އިންޝުއަރެންސް ޕޮލިސީއިން އިސްތިސްނާވެގެންވ މުދާ ކަމަށާ މިހާރު ފާހަގަކުރިނަމަވެސް، ކޯޓޭޝަނަކުން މި މާނަ ދޭހަނުވާކަމުގައެވެ. އެ ފަރާތުން ސިވިލް ކޯޓުގައި third party property މާނަކޮށްފައިވަނީ އެކްސެޕްޝަން ސީޓަށް ރިޢާޔަތްކޮށްގެންކަމުގައިވާއިރު، މިއީ އެ ފަރާތުން މޯލްޑިވްސް ޕޯޓްސުލިމިޓެޑ ޙަވާލުކޮށްފައިވާ ލިޔުމަކަށްނުވާތީ، ސިވިލް ކޯޓުން މިއަށް ރިޢާޔަތްކުރަންޖެހޭ އެއްވެސް ސަބަބެއް ނެތްކަން ސިވިލް ކޯޓުން ކަނޑައަޅާފައިވެއެވެ. އެހެންކަމުން، ސިވިލް ކޯޓުން ފައިސާ ދެއްކުމަށް ޙްކުމްކިށްފައިވަނީ ކޯޓޭޝަންގެ ޓަރމްސް އެންޑް ކޮންޑިޝަނާއ ޚިލާފަށްކަމަށް ބެލެވޭނެ އެއްވެސް ސަބަބެއް ސިލިންކޯ އިންޝުއަރެންސްގެ ފަރާތުނ ދެއްކިފައިނުވާކަމުގައެވެ.

37public liability insurance ގ މާނައަށް ބަލާއިރުވެސް، ތިންވަނަ ފަރާތުގެ މާނައިގެ ތެރޭގައި މޯލްޑިވްސް ޕޯޓްސީލިމިޓެޑްގެ ކްލައިންޓުންނާއި، ސައިޓަށް ޒިޔާރަތްކުރާ ފަރާތްތަކާއި، އެ ފަރާތާ އެއްވެސް ގުޅުމެއްނެތް ފަރާތްތައްވެސް ހިމެނޭއިރު، މި ހާދިސާގައި ގެއްލުންވެފައިވަންމޯލްޑިވްސ ޕޯޓްސް ލިމިޓެޑްގެ ކްލައިންޓުންގެ މުދަލަށްކަމަށްވާއިރު، މިފަދަ ޙާލަތަކަށް ވިސްނާ ނަގާފައިވާ ޕެކޭޖްއިނ މިކަން ކަވަރު ނުކުރަންވީ އެއްވެސް ސަބަބެއް ނެތްކަމުގައެވެ.

38ސިވިލް ކޯޓުން property party third މާނަކޮށްފައިވާއިރު، އެހެން ގޮތަކަށްއެ ލަފްޒީ މާނަކުރަންޖެހޭކަމަށް ސިލިންކޯ އިންޝުއަރެންސްއަށް ފެންނަނަމަ، އެގޮތަކީ ކޮބައިކަން ސާބިތުކޮށްދޭންޖެހޭނީ އެ ފަރާތުން ކަމަށްވާއިރު، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 38 ވަނަ މާއްދގައާ ފާހަގަކުރި ދަށާ ކޯޓުނު ނިންމް މައްސަލަތައި ދިވެހިރާއްޖޭގަ ހައިކޯޓުގައި އިސްތިއުނާފުކުރެވޭ ފަދަ ޙާލތެއ ނޫންކަމުގައެވެ.

39އިސްތިއުނާފު ރައްދުވާ ފަރާތުން އެދިފައިވަނީ ސިވިލް ކޯޓުން ކޮށްފައިވާ ޙުކުމަށް ބަދަލެއް ގެންނާނެ ތަނެއްނެތްކަމަށް ކަނޑައަޅައި ސިވިލް ކޯޓުގެ ޙުކުމަށް ތާއިދުކޮށް އެ ޙުކުމް ދަމަހައްޓައިދިނުމަށެވެ.

ޝަރީޢަތަށް ފާހަގަކުރެވުނު ކަންތައްތައް

40ސިލިންކޯ އިންޝުއަރެންސްގެ ފަރާތުން ކުޅަ އިސްތިއުނާފުގެ އަލީގައި، ޝަރީޢަތުން ޖަވާބުދޭންޖެހޭ

02 )ދޭއް( ސުވާލެއް އެބަވެއެވެ.

40.1. ދީ ފަރާތެ ދެމެދް އިންޝުއަރެންސް ކޮންޓްރެކްޓެއް ޤާއިމުވެފައިވާކަމަށް ކަނޑައަޅާ ފައިވަނ އިންޝުއަރެންސް ކޮންޓްރެކްޓްގެ އުޞޫލުތަކާއި ޚިލާފަށތ ؟

40.2. ކްޓޭޝަންއަކީ ކޮންޓްރެކްޓެއް ކަމުގައި ބެލި ނަމަވެސް، ފައިސާ ދެއްކުމަށް އަންގާފައިވަނީ ކޯޓޭޝަންގެ ޓަރމސ އެންޑް ކޮންޑިޝަންއާ ޚިލާފަށްތޯ؟ ދ ފަރާތެ ދެމެދް އިންޝުއަރެންސް ކޮންޓްރެކްޓެއް ޤާއިމުވެފައިވާކަމަށް ކަނޑައަޅާފައިވަނީ އިންޝުއަރެންސާ ކޮންޓްރެކްޓްގެ އުޞޫލުތަކާއި ޚިލާފަށްތޯ؟

41HN1އިންޝުއަރެންސްއަކ އެއީ ފަރާތުން (insured) އަގެއް (premium) އަދާކުރުމުގެ މައްޗަށް insured އަށް ކުރިމަތިވާ ހާދިސާއަކަށް އަނެއް ފަރާތުން (insurer) ބަދަލުދިނުމަށް މި ދެ ފަރާތް ދެމެދު ވެވޭ އަޤުދެކެވެ. މިއީ މުސްތަޤުބަލުގައި ހިނގައިދާނެ ހާދިސާއެއްގެ މައްޗަށް ބިނާކޮށް، މަންފާއެއް ފޯރުކޮށްދިނުމަށް ވެވޭ އެއްބަސްވުމެކެވެ. މިސާލަކަށް، އުޅަނދެއް ނުވަތަ ގެއެއް އިންޝުއަރކުރާއިރު، އެ އުޅަނދެއް ނުގެއްލޭނެކަމަށ ނުވަތް އެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ނުހިނގާނެކަމުގެ މައްޗަށް އިންޝުއަރެންސްގެ މުޢާމަލާތު ބިނާއެއް ނުކުރެވޭނެއެވެ. އޭގެ ބަދަލުގައި، އިންޝުއަރ ކުރާ ކުރުމަކީ، އެފަދަ ހދސާއެއް ކުރިމަތިވެއްޖެނަމަ، އޭގެ ބަދަލެއްދެވޭނެކަމެވެ.

42އިންޝުއަރެންސްގެ މުޢާމަލާތަކީވެސް ދެ ފަރާތް ދެމެދު ވެވޭ ކޮންޓްރެކްޓެއް ކަމުގައިވާއިރު، މިފަދަ މުޢާމަލާތަކުން ދެ ފަރާތް ދެމެދު ކޮންޓްރެކްޓެއް ޤާއިމުވެފައިވޭތޯ ބެލުމުގައި ތަޠުބީޤުކުރަންޖީހނ ކޮންޓްރެކްޓްގެ އާންމު މަފްހޫމްތަކެވެ. މި މަފްހޫމްތައް ކޮންޓްރެކްޓާބެހޭ ޤާނޫނުގައި ބަޔާންކުރެއެވެ.

43HN2ކޮންޓްރެ ކ ޓަކ ދީ މީހެއްގެ ދެމެދުގައި ނުވަތަ ދެމީހަކަށްވުރެ ގިނަ ބައެއްގަމެދުގައި ޤާނޫނު ޤަބޫލުކުރާ، ނުވަތަ ޤާނޫނު ބާރުދޭ އެއްބަސްވުމަކަށްވާންޖެހޭކަން ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 2 ވަނަ މާއްދާގައިވެއެވެ. ހަމައެއާއެކު، ކޮންޓްރެކްޓަކީ ޤާނޫނު އެހެން ގޮތަކަށް ކަނޑަނާޅާނަމަ، ވަކްމިވެނި ގޮތަކަށްއޮތުނ ލާޒިމް އެއްޗެއް ނޫނެ ކަމުގައް ކޮންޓެރ ކްޓާބެހޭ ޤާނޫނުގެ 4 ވަނަ މާއްދާގައި ބަޔާންކުރެއެވެ. އެހެންކަމުން، ސަރޙުބަހުނ ނުވަތް ޒިމްނީ ގޮތުންވެސް ކޮންޓްރެކްޓެއް އޮވެދާނެއެވެ. މިކަމުން ފާޅުވަނީ، ކޮންޓްރެކްޓެއް ލިޔެ ސޮއިކޮށްފައި އޮތުން ޤާނޫނނ ލާޒިމެއްނުކުރާކަމެވެ.

44ޤަ ނޫނުގައ ވަކި ޚާއްޞްގޮތަކަށ އެކުލަވާލުން ލާޒިމް ނުކުރާ ނުވަތަ ވަކި ޚާއްޞަ ރަސްމީ ސިފައެއްގައި އޮތުން ލާޒިމްނުކުރާ ކޮންމެ ކޮންޓްރެކްޓަކީ، އެ ކޮންޓްރެކްޓެއްގައި ހިމެނޭ އެއްފަރާތުން އަނެއްފަރާތަށ ހުށަހަޅް ހުށަހެޅުމެއް، އެ ހުށަހެޅުން ރައްދުވީ ފަރާތުން ޤަބޫލުކުރުމުން ވުޖޫދަށް އންނަ 'ރިޟާއީ' (consensual) ކެންޓްރެކްޓެއްކަމުގައި ދިވެހިރާއްޖޭގު ސުޕްރީމް ކޯޓުގެ ނަންބަރ 2009/SC-A/30 ޙަސަން ޙަލީމް ވ. ހަރންގް ތްޔޭ ހެންގް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާއިން ކަނޑައަޅާފައިވެއެވެ.

45މިގޮތުން، ކޮންޓްރެކްޓް ޞައްޙަވުން ބިނާވެފައިވަނީ 02 )ދޭއް( އަސާސެއްގެ މައްޗަށެވެ. އެއީ ކޮންޓްރެކްޓު ގ ބައިވެރިން އެއްވެސް މަޖުބޫރުކަމެއްނެތި އަމިއްލަ އިޚްތިޔާރުގައި އެ ކޮންޓްރެކްޓް ކުރުމުގެ މައްޗަށް އޭގެ ބައިވެރިންގެ ފުރިހަމަ ރުހުމާއި ޤަބޫލު އޮތުމެވެ. އަދ ފުރަތަމަ އަސާސްގެ މައްޗަށް ބިނާކޮށް އެ ކޮންޓްރެކްޓްގެ ބައިވެރިންގެ ރުހުމާއި ޤަބޫލު، ޝަރީޢަތާއި ޤާނޫނު ޤަބޫލުކުރާ، އަދި ޝަރީޢަތާއި ޤާނޫނު އެކަންކުރުމުގެ މައްޗަށް ބާރުދޭ ކަމެއްގެ މައްޗަށް އޮތުމެވެ.

46މި އަސާސް ކޮންޓްރެކްޓާބެހޭ ޤާނޫނުން ދެނެގަނެވެއެވެ. މިގޮތުން، ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 3 ވާނަ މާއްދާގަ )ހ( ގައިވަނީ، ކޮންޓްރެކްޓެއްގައި އެއްބަސްވަމީހުން ރުހިޤެބޫލުވާންވާނީ އެއްވެސ މަޖުބޫރު ކަމްއްނެތި އަމިއްލަ އިޚްތިޔާރުގއިކަމުގައެވެ. އެކަކު ހުށަހަޅާ ހުށަހެޅުމެއް އެ ހުށަހެޅުނު ރައްދުވީ ފަރާތުން ޤަބޫލުކުރުމުން ކޮންޓްރެކްޓެއް ކުރެވުނީކަމަށާއި، މި ހުށަހެޅުމަކީ، އޮޅުން ނުފިލާގޮތަކަށް، ނުވަތަ ޔަޤީންނުވާ ގޮތަކަށް އޮންނަ އެއްޗަކަށް ވެގެން ނުވާނެކަމަށާއި،އެ ހުށަހެޅުން ވާންވާނީ ޤާނޫނީގޮތުން ބަނދެވޭ ބަނދެވުންތަކާ އ އުފެއްދުމުގެ ހަރުދަނާ ނިޔތުގައ ހުށަހަޅި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2014/SC-A/16 )ޙަސަން ޢަލީ މަނިކު ވ. ޙާމިދު އިސްމާޢީލް( ޤަޟިއްޔާއާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރ 2017/SC-A/01 )އެލައިޑް އިންޝުއަރެންސް ކޮމްޕެނީ އޮފް ދަ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވ. ޔޮޓް ޓުއަރސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް( ޤަޟިއްޔ ހުށަހެޅުމަކަށކަމުގައި ކޮންޓްރެކްޓާބެހޭ ޤާނޫނުގް 5 ވަނަ މާއްދާއާއި 6 ވަނަ މާއްދާގެ )ހ( އިން އެނގެއެވެ.

47ހުށަހެޅުން އިތުރަށް ތަފްޞީލުކޮށްފައިވާގޮތުން ހުށަހެޅުމަށްޓަކައި ދެވޭ ދައުވަތަކީ ހުށަހެޅުމެއް ކަމުގައި ބަލައިގެންނުވާނެއެވެ. އަދި ކޮންމެ މީހަކަށްވެސް ނުވަތަ ބަޔަކަށްވެސ ނުވަތް އާންމުކޮށް އެންމެންނަށްވެސ ހުށަހެޅުމެއް ރައްދުކުރެވިދާނެކަން ކޮންޓްރެކްޓާބެހޭ ޤނޫނުގ 6 ވަނަ މާއްދާގެ )ށ( އަދި )ނ( އިން އެނގެއެވެ.

48ހުށަހެޅުން ފުރިހަމަވެގެންދާނީ، ހުށަހެޅުން ފުރިހަމަވާ ފަރާތަށް އެ ހުށަހެޅުމެއް އެންގުމުންނެވެ. މި ހުށަހެޅުނު ޤަބޫލުކުރާކަން ކަނޑައަޅް ބުނެދެވިދާނެއެވެ. ނުވަތަ ޢަމަލުކުރާ ގޮތަކުން ޤަބޫލުކުރާކަން އެންގުނީކަމަށް ބެލިދާނެއެވެ. މިކަމުގެ މައިގަނޑު އަސާސަކީ ޤަބޫލުކުރުމަށް އިތުރުގޮތެއް، ނުވަތަ ޝަރުޠެއްނެތުމެވެ. ހުށަހަޅާ ފަރާތުން އ ހުށަހެޅުނޤްބޫލުކުރާނ ގޮތެ ކަނޑައަޅާފައި އޮވެއްޖެނަމަ، ޤަބޫލު ކުރަންވާނީ އެގޮތަކަށެވެ. ޤަބޫލު ކުރާނެގޮތް ކަނޑައަޅާފައި ނުވާނަމަ،ޤާބޫލުކުރާނީ،އަންމުކޮށ އެފަދަ ކަންތައް ކޮށްއުޅޭ ގޮތަކށ ނުވަތް އެކަށީގެންވާ ގޮތަކަށެވެ. ހުށަހަޅަ ފަރާތަށް،ޤެބޫލު ކުރާކަނ އެންގުމުން، އެޤބޫލުކުރުން ފުރިހަމަވީއެވ. މިއީ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 7 ވަނަ މާއްދާއާއި، 8 ވަނަ މާއްދާއާއި އަދި 9 ވަނަ މާއްދާއިން ކަނޑައަޅާފައިވާ ކޮންޓްރެކްޓެއްގެ އުންސުރުކަމުގައިވާ ހުށަހެޅުމާއި، ޤަބޫލުގެ އާންމު ހަމައެވެ.

49ކޮންޓްރެކްޓްގެ ޤާނޫނީ އުޞޫލުތަކަށް ބަލާއިރު، ހުށަހެޅުމާއި، ޤަބޫލުކުރުމާއި، ޤާނޫނީ ގޮތުން ބަނދެވޭ ގުޅުމެއް އުފެއްދުމުގެ ނިޔަތް އޮތުމާއި، ކޮންޓްރެކްޓް އުފެއްދުމުގެ ޤާބިލިއްޔަތު ހުރުމާއި، ރުހުން އޮތުމުގެ އިތުރުން، މުޤާބިލަކީ (consideration) ކޮންޓްރެކްޓެއް ފުރިހަމަވުމަށް ކޮންމެހެން ފުރިހަމަވާންޖެހޭ އުންސުރެކެވެ.

50ކޮންޓްރެކްޓާބެހޭ ޤާނޫނުގައި މުޤާބިލު ގުޅާ ގޮތުން އެއްވެސް އުޞޫލެއް ކަނޑައަޅާފައެއްނުވެއެވެ. އެހެނަސް، ކޯޓުތަކުގެ ނިންމުންތަކުގައި، މުޤާބިލާއި ގުޅޭ އުޞޫލުތައް ކަނޑްއަޅާފައިވެއެވެ. މިގޮތުން، ކޮންޓްރެކްޓާބެހޭ ޤާނޫނުގެ ބޭނުމަށް މުޤާބިލަކީ ކޮންޓްރެކްޓެއްގައި ހިމެނޭ އެއް ފަރާތުން އަނެއް ފަރާތަށް ވާ ވައުދެއްގެ ރައްދުގައި ވައުދ ރައްދުވު ފަރާތުން ވައުދުވީ ފަރާތަށް ދޭ އަގު ނުވަތަ ކޮށްދޭ ކަމއެ ނުވަތް ނުކޮށް ދޫކޮށްލާ ކަމެއް ނުވަތަ ދޫކޮށްލްޙެއިޤއްކަމުގައުދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރ 2015/SC-A/24 ނަމީރާ އިންޖިނިއަރިންގ އެންޑް ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑް ވ. ޖައުސާ ކޮންސްޓްރަކްޝަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްޤަޟިއްޔާގައި ބަޔާންކުރެއެވެ.މީގެ އިތުރަށް އ ޤަޟިއްޔާގައި ކޮންޓްރެކްޓެއްގައ މުޤާބިލުއެކުލެވިފައިވޭތޯ ދެނެގަތުމުގައި ކޮންޓްރެކްޓް ކުރުމުގެ މަޤުޞަދަށް ބަލަންޖެހޭނެ ކަމށާއ، މުޤާބިލުގައި ދެވޭ ނުވަތަ ބަދަލުކުރެވޭ އެއްޗަކީ އަގު ކުރެވޭ އެއްޗަކަށް ވުން ލާޒިމުވާނެ ކަމުގައި ފާހަގަކޮށްފައިވެއެވެ.

51ޢާންމުއެޞު ލެއްގެ ގޮތުން ދެ ފަރާތުން ކޮންޓްރެކްޓެއްގެ މުޤާބިލުއެއ ފަރާތުން އަނެއް ފަރާތަށް ބދަލަ ކުރުމަށު ވަކް ވަގުތަކަށް އެއްބަސްވުމުގެ ބައިވެރިންނަށް އެއްބަސްވެވިފައިވާނަމަ، ނުވަތަ އެއްބަސްވުމުގައި ވަކި ވަގުތެއް ކަނޑައަޅާފައިވާނަމަ، އެ ވަގުތެއްގައި އ މުޤާބިލުއެއް ފަރާތުން އަނެއް ފަރާތަށް ބަދަލުވެ، ނަގުލުވެގެން ދާންވާނެއެވ. މުޤާބިލުގައި ފުރިހަމަވާންޖެހޭ އިތުރު ޝަރުޠުތަކަށް ބަލާއިރު، މުޤާބިލުއެއ ފަރާތުން އަނެއް ފަރާތަށް ބަދަލުވުމާއި، މުޤާބިލަކީ މާޒީގެ މުޤާބިލަކަށް ނުވުމާއި، މުޤާބިލަކީ ފުދޭ (adequate) އެއްޗަކަށް ނުވިނަމަވެސް މުޤާބިލަކީ އެކަށޭނަ (sufficient) ނުވަތަ އެ ލިބިގަންނަ ފަރާތަށް އަގު ކުރެވޭ ނުވަތަ އަގެއް ހުރި އެއްޗެއް ކަމުގައި ވާންޖެހެއެވެ. މިއިން ޝަރުޠެއެމުޤާބިލުގައި ފުރިހަމަ ނުވާނަމަ، ޤާނޫނީ ގޮތުން ތަންފީޛުކުރެވޭ ޞައްޙަ އެއްބަސްވުމެއް އުފެދިގެން ނުދާނެއެވެ. 2019/SC-A/56 )ބިޒްނަސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވ. މިނިސްޓްރީ އޮފް ޓޫރިޒަމް )ދައުލަތް((

52ބަޔާންކޮށްފައިވާ ނައްސުތަކުގެ ޚުލާޞާއަކީ، ކޮންޓްރެކްޓެއްގައި ހުރުމަށް އާންމު ގޮތެއްގައި ބޭނުންވާ އުންސުރުތަކަކީ،ހުށަހެޅުމާއި ޤަބޫލުކުރުމާއި، މުޤާބިލާއި، ޤާނޫނީ ގޮތުން ބަނދެވޭގުޅުމެއް އުފެއްދުމުގެ ނިޔަތް އޮތުމާއި، ކޮންޓްރެކްޓެއް އުފެއްދުމުގެ ޤާބިލިއްޔަތުކަން އޮތުމުގެ އިތުރަށްރުހުން އޮތުމެވެ. މިކަންކަން ފުރިހަމަވެގެން މެނުވީ، ދެ ފަރާތް ދެމެދު ޞައްޙަ ކޮންޓްރެކްޓެއްއޮތްކަމަކަށް ނުބެލެވޭނެއެވެ.

53މ މައި އުންސުރުތަކުގެ އިތުރުން، އިންޝުއަރެންސް ކޮންޓްރެކްޓަށް ޚާއްޞުވާ އުންސުރުތަކެއްވެއެވެ. އެއި، އިންޝުއަރެންސް ކުރެވޭ ނުރައްކަލާއި (risk)، އިންޝުއަރކުރެވޭ ތަކެތި (subject matter) ކަނޑައެޅި ދެނެގަނެވެން އޮތުމާއި، އިންޝުއަރކުރެވޭ ތަކެއްޗާއި އޮތް ގުޅުން ނުވަތަ interest insurable އެނގެން އޮތުމާއި، އަދި މިފަދަ އެއްބަސްވުމަކީ އެންމެ މަތީ ދަރަޖައިގެ އިތުބާރުގެ މައްޗަށް ބިނާވާ އެއްބަސްވުމަށްވާތީ، ކަމާގުޅޭ އެންމެހައި ޙަޤީޤަތްތައް ހާމަކުރުމުގެ ވާޖިބު (utmost good faith) އުފުލުމަށް ލާޒިމުކުރާކުރުމެވެ.

54ކޮންޓްރެކްޓަކީ ޤާނޫނަކުން ވަކި ގޮތަކަށް ކަނޑަނާޅާނަމަ، ވަކި މިވެނި ގޮތަކަށްއޮތުނ ލާޒިމް އެއްޗެއް ނޫންކަމުގައާވާއިރު، ކޮންޓްރެކްޓެއް ޤާއިމުވެފައިވޭތޯ ނުވަތަ ނޫންތޯ ދެނެގަންނަންޖެހޭނީ، ދެ ފަރާތް ދެމެދު ކުރެވިފައިވާ މުޢާމަލާތުގެ އަލީގައެވެ. އެއީ މުޢާމަލާތްކުރުމުގައި ބޭނުންކޮށްފައިވާ އިބާރާތްތަކާއި، ދެ ފަރާތް ދެމެދު ލިޔުމުން މުޢާމަލާތްކޮށްފައިވާނަމަ، އެ ލިޔުން މާނަކިށ އެއްބަސްވުމެއްވެފައިވޭތޯ އެ ލިޔުމުން ދޭހަކުރުމާއި، އަދިއެއް ވިސްނުމެއްގައި މުޢާމަލާތު ފުރިހަމަ ކުރުމަށްޓަކައި މަސައްކަތް ކޮށްފައިވާކަމުގެ މައްޗަށް ހެކި ހުރިތޯއެވެ. މިގޮތުން، ކޮންޓްރެކްޓެއް ޤާއިމުވެފައިވޭތޯ ބެލުމުގައި، މައުޟޫޢީ ޓެސްޓު ބޭނުންކުރެވެއެވެ.އެއީ ބޭރުފުށުން ކަންކަން ކަށަވަރުކުރުމަށް ބޭނުންކުރާ ޓެސްޓެކެވެ. މީގެ މާނައަކީ، ގޮތެއް ކަނޑައެޅުމަށްޓަކައި ކޯޓުން ބަލާނީ ޚަޞްމުން ކަންކަން ކޮށްފައިވް ގޮތަށާއި، ލިޔެފައިވާ ލިޔުމަށެވެ. އަދި އެއިން ދޭހަކުރެވޭ ދޭހަކުރުންތަކަށެވެ. މި ޓެސްޓު ބޭނުންކުރުމުގެ ބޭނުމަކީ، އެ ޙާލަތުގައި ދެ ފަރާތުން ކަންކަން ކޮށްފައިވާ ގޮތަށާއި ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު، ސަބަބުވެރި މީހެއްގެ ނަޒަރުގައި އެ ޙާލަތުގައި ދެ ފަރާތުގެ ދެމެދުގައި ކޮންޓްރެކްޓެއް އުފެދިފައި އޮތްކަމަށް ޤަބޫލުކުރެވޭތޯ ނުވަތަ ނޫންތޯ ބެލުމެވެ.

55HN3އާންމު އުޞޫލުން އިންޝުއަރެންސް ކޮންޓްރެކްޓެއް އުފެދެނީ، އިންޝުއަރެންސްއަށް އެދެފަރިތުގާ ގޮތުގައި ބެލެވޭ ފަރާތުން ހުށަހަޅާ ހުށަހެޅުން، އަނެއް ފަރާތް ކަމުގައިވާ "އިންޝުއަރަރ" ނުވަތަ އިންޝުއަރެންސް ދޭފަރާތަނ ޤބޫލުކުރުމުންނެވ. އާންމުކޮށް އެދޭ ފަރާތުން އިންޝުއަރަރގެއަތުން ކުރިން ކޯޓޭޝަނެއް ހޯދައެވެ.ކޮންޓްރެކްޓބެހާޤާނޫނުގ ލަފްޒުންނަމަ، މިއީ offer ނުވަތަ ހުށަހެޅުމެއްނޫނެވެ. މިއީ invitation to treat ނުވަތަމުޢމަލާތްކުރުމަށ ދެވޭ ދައުވަތކެވެ. އެ ކޯޓޭޝަންގ މައްޗަށް ބިނާކޮށް، އިންޝުއަރެންސް ޕްރޮޕޯސަލް ފޯމު ފުރިހަމަކޮށް އެދޭ ފަރާތުންއެ ކޯޓޭޝަން ޤަބޫލުކޮށްފިނަމަ، އެ ފޯމަކީ އިންޝުއަރަރޭޤަބޫލުކުރަންޖެހ "އޮފަރ" އިއްގެ ގޮތުގައެ ބެލެވެއެވެ. ހުށަހެޅުމާއެޤަ ބޫލުކުރުމުގ މި އާންމު އޮނިގަނޑު މިމޭރުމުން އޮތްނަމަވެސް،މިއީ އެއްބަސްވުމަކަށް ބަނދެވިފައިވޭތޯ ބަލައި ދެނެގަތުމަށއޮތް ހަރުކަށި ނުވަތަ ހަމައެކަނި ގޮތެއްނޫނެވެ. ބައެއް ޙާލަތްތަކުގައި، ކޮންޓްރެކްޓަކީ ހަމައެކަނި ހުށަހެޅުމެއްޤަބޫލުކުރުމުގ ބަދަލުގައި،ދެފަރާތުގެ މެދުގައި ކުރެވޭ މަޝްވަރާތަކުގެ ނަތީޖާއެކެވެ.

56އާންމު އުޞޫލުން އިންޝުއަރެންސް ކޮންޓްރެކްޓެއްގެ ގުޅުން ދެމެހެއްޓުމަށްލިޔެކިޔުންތަކުގައި ހިމެނޭ މައިގަނޑު މަޢުލޫމާތުތްކީ،ކ ޚިދުމަތް ހޯދާ އަދި ދޭ ފަރާތްތަކަކީކޮބައިކމާއަ، އިންޝުއަރެންސްގެ ބާވަތްތަކާއި، ކަވަރުގެމިންވަރއާ، ކަވަރުގެ މުއްދަތއާ، ކްލެއިމް ކުރެވޭނެޙާލަތްތކާއ، އަދި ޕޮލިސީގެ ބަސްމަގު ހުންނާނެ ގޮތެވެ. ހުށަހެޅުމެއްޤަބޫލުކުރުނ ވާންޖެހޭނީ ސާފު ސަރޙީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ 2021/SC-A/39 )އިބްރާހީމް ރަޝީދު އަދި އިތުރު 2 ފަރާތެއް ވ. ޢަބްދު ﷲ ޢަޒީޒު( ޤަޟިއްޔ ހުށަހެޅުމާއި އެއްގޮތް، އެއްވެސްޝަރުޠކ ނުލައާޤި ބޫލުކުރ ކަމެއް ކަމުގައެވެ. އަދި އެކަންހުށަހެޅި ފަރާތަށް އަންގަންވާނެއެވެ.

57މ މައްސަލައިގައި،އިންޝުއަރެންސް ޚިދުމަތް ބޭނުންވެ މޯލްޑިވްސ ޕޯޓްސިލިމިޓެޑްގެ ފަރާތުން ހުޅުވާލި ދައުވަތަކަށ އިންޝުއަރެންސް ފޯރުކޮށްދޭ ކުންފުނިތަކުން އިޖާބަދީފައިވާކަން އެނގެއެވެ. މ އިޢުލާނަށް އިޖާބަދިނުމުގ ގޮތުނެ ސިލިންކޯ އިންޝުއަރެންސގ ނަންބަރު QTY201812-001 ކޯޓޭޝަން ހުށަހެޅިއެވެ. މި ކޯޓޭޝަނަށް ބަލާއިރު، މި ކޯޓޭޝަންގައި ސިލިންކޯ އިންޝުއަރެންސްގެ ފަރާތުން އިންޝުއަރެންސްގެ terms and conditions ހާށަހަޅާކަމަށޭއި، މިގޮތުން، މައިގަނޑު ކަމެއްގެ ގޮތުގައި އިންޝުއަރެންސްގެ ބާވަތާއި، އޭގެން ފޯރުކޮށްދޭ perils އާއި، އިންޝުއަރކުރެވޭ އަދަދާއި، އުނިކުރެވޭ އަދަދާއި، އަހަރެއްގެ މަތިނިދައްކަންޖެހޭ ޕްރިމިއަމް ބަޔާންކުރެއެވެ. މީގެ އިތުރުން ބައެއް އިންޝުއަރެންސްގެ ބާވަތްތަކުގައި، އެ ބާވަތަކަށް ޚާއްޞަވާ އިސްތިސްނާތަކާއި warranties ބަޔާންކުރެއެވެ. މިއީ މި ރިޕޯޓުގެ 56 ވަނަ ނުކުތާގައި ބަޔާންކުރާ ފަދައިން، އިންޝުއަރެންސް ކޮންޓްރެކްޓެއްގައި ހުންނަންޖެހޭ މުހިންމު މަޢުލޫމާތުތައްކަން ފާހަގަވެއެވެ.

58ސިލިންކޯ އިންޝުއަރެންސްގެ ފަރާތުން ހުށަހެޅި ނަންބަރު QTY201812-001 ކޯޓޭޝަން ޤަބޫލުކޮށްފައިވާކަން މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ފަރާތުން އަންގާފައިވެއެވެ. މި ކޯޓޭޝަން ޤަބޫލުކުރުމުގައި އެއްވެސް ޝަރުޠެއް އަދި އިސްތިސްނާއެއްނެތެވެ. އެ ޤަބޫލުކުރުމުގައި ޝަރުޠެއް ހިމެނޭކަމަށް ސިލިންކޯ އިންޝުއަރެންސްގެ ފަރާތުން ބުނިނަމަވެސް، އެ ޤަބޫލުކުރިކުރުމަށް ބަލާއިރު، Malcolm A. Clarke, The Law of Liability Insurance (2014), Informa Law މިސާލަކަށް، contractor plant and machinery insurance ގައި ޝަރުޠުތަކާއި، އިސްތިސްނާތަކާއި، އަދި warranties ބަޔާންކުރެއެވެ. މީގެ އިތުރުން، marine hull insuranceގައި scope of the cover ތަފްޞީލީގޮތެއްގައި ބަޔާންކުރުމުގެ އިތުރުން، perils not covered ގެ ބަޔަކާއި، މި ބަޔަށް ޚާއްޞަވާ މުހިންމު ކަންކަން ބަޔާންކުރެއެވެ. public liability insurance ގައި ރިސްކް ލޮކޭޝަންތައް ބަޔާންކޮށް، limits of liability ގެ އިތުރުން ޝަރުޠުތަކާއި warranties ބަޔާންކުރެއެވެ. މޯލްޑިވްސް ޕޯޓްސް ލިމިޓެޑގ ނަންބަރު PRC/PRIV/2018/260-113 )30 ޑްސެ ނބަރ 2018( ސިޓީ އޭގައިވަނީ، “coverage provided and additional offers risk assessment and port condition and valuation survey” އަށް ބަރޯސާވެ ކޯޓޭޝަން ޤަބޫލުކުރީކަމުގައެވެ. މިއީ ސާފު ސަރީޙަ ޤަބޫލުކުރުމެއްކަން އ ލިޔުމުން އެނގެއެވެ.މި ޤަބޫލުކުރުމުގެ އަލީގައި، މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ފަރާތުން ޕްރިމިއަމް ދެއްކިކަމާމެދު ދެ ފަރާތް ދެމެދު އެއްވެސް ދެބަސްވުމެއްނެތެވެ.

59އިންޝުއަރެންސް ކްލައިމްކުރަންޖެހޭ ހާދިސާތަކެއް މެދުވެރްވި، ބަދަލު ލިބިގަތުމަށް މޯލްޑިވްސ ޕޯޓްސް ލިމިޓެޑްގެ ފަރާތުން ހުށަހެޅިއެވެ.ސިލިންކޯ އިންޝުއަރެންސްއިނ ނިންމް މިއަށް އިޖާބަނުދޭށެވެ. ސަބަބެއްގެ ގޮތުގައުޙަވާލާދީފައިވަނ ނަންބަރ MLMI18TL000145 ޕޮލިސީގެ 3 ވަނަ ނަންބަރުގައި ބަޔާންކުރާ xceptionse އަށެވެ.

60މި ޕޮލިސީލިބިފައިވޭތޯ މޯލްޑިވްސް ޕޯޓްސޭލިމިޓެޑާއި ސުވާލުކުރެވުނުހިނދު، އެ ފަރާތުން ބުނެފައިވަނީ ޕޮލިސީ ލިބުނުކަމުގައެވެ. އެހެނަސް، ސިލިންކޯ އިންޝުއަރެންސްގެ ފަރާތުން ޙަވާލާދީ exceptions ލިބިފައިނުވާކަމުގައެވެ. މިއީ ސިވިލް ކޯޓުގައިވެސް އެ ފަރާތުން ބުނާ ބުނުމެވެ.

61ޕޮލިސީ ނަންބަރެއް ރިފަރެންސްގ ގޮތުގައެ ބަޔާންކުރާ schedule އެއް ސިވިލް ކޯޓަށް ސިލިންކޯ އިންޝުއަރެންސްގެ ފަރާތުން ހުށަހަޅާފައިވެއެވެ. މި ބަހުސް ކުރެވޭ ޕޮލިސީއަށް ބަލާއިރު،މި ޕޮލިސީ ނަންބަރު ހިމެނޭ schedule ގައި، އެއީ exceptions އާއެކު އެއްކަރުދާސްކުރެވިފައިވާ ލިޔުމެއްކަން، ނުވަތަ އެއީ އ schedule ގެ ބައެއްކަން އެނގޭކަށްނެތެވެ. އަދި އ schedule ގައި މިހާރު މި ބަހުސްކުރެވި exceptionsގެ 3 ވަނަ ނަންބަރަށްޙަވާލާދީފައެއްނުވެއެވެ.އ ޕޮލިސީއާއެކ ހިމެނު exceptions ލްބިފައިވާކަމާމެދު މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ފަރާތުން 18 ނަންބަރު 19/C/086/MITL ކްލައިމްއ ގުޅާ ސިލިންކޯ އިންޝުރައެންސްގެ 15 އޮކްޓބަރޫ 2019 ގ ސިޓީއާއި، ނަންބަރ 19/C/072/MITL ކްލައިމްއ ގުޅާ ސިލިންކޯ އިންޝުރައެންސްގެ 07 ނޮވެންބަރު 2019 ގ ސިޓީ އަދި ނަންބަރ 19/C/065/MITL ކްލައިމްއ ގުޅާ ސިލިންކޯ އިންޝުރައެންސްގ 13 ޖުލައި 2020 ގެ ސިޓީގައި މިފަދައިން ބަޔާންކޮށްފައިވެއެވެ. ޕޮލިސީ ނަންބަރު: MLM118TL000145 އުފެއްދި އިންކާރާއި ގުޅިގެން، ސިލިންކޯ އިންޝުއަރެންސްގެ ފަރާތުން އެ ޕޮލިސީގައިވާ exceptions ހިމެނޭ ފަދައިން، ޕޮލިސްހިއްސާކުރިކަމަށް ސިލިންކޯ އިންޝުއަރެންސްގެ ފަރާތުނ ސިވިލް ކޯޓާއި އަދިމ އިސްތިއުނާފި މަރުޙަލާގައި ބުނެފައިވީނަމަވެސް،ސިވިލ ކޯޓުގް ނިންމުމުގައި ފާހަގަކޮށްފައިވާ ފަދައިން އެކަން އެނގޭނެ ހެއްކެއް ސިލިންކޯ އިންޝުއަރެންސްގެ ފަރާތުނ ހުށަހަޅައި، އެކަން ސާބިތުކޮށްދިނުމަށް މަސައްކަތެއްކޮށްފައެއްނުވެއެވެ.

62މި މައްސަލައިގއަފެންނަނ ހުރް ޙަޤީޤަތްތަކުން ފާހަގަވަނީކޯޓޭޝަނެކެވެ. އެއާއެކު މޯލްޑިވްސ ޕޯޓްސް ލިމިޓެޑްއަށް ލިބިފައިވާކަމަށް އެ ފަރާތުން ބުނާ، ޕޮލިސީ ނަންބަރެއް ދީފައިވާ schedule އެކެވެ. އެއަށްފަހު އެ ޚިދުމަތަށް ފައިސާ ދެއްކިކަމެވެ. އެ schedule ގައި ހިމެނެނީ ކޯޓޭޝަންގައިވެސ ހިމެން މަޢުލޫމާތެވެ.

63މި މައްސަލައިގައި ދެ ފަރާތް ދެމެދު އިންޝުއަރެންސްގެ ޚިދުމަތް ފޯރުކޮށްދިނުމުގެ އަޤުދެއްވެފައިވާކަމާމެދު ޚުޞޫމާތެއް، ދެބަސްވުމެއްނެތެވެ.މ މައްސަލައިގައި ޚުޞޫމާތު އޮތީ، ކޯޓޭޝަނަށް ބަރޯސާވެ އެއްބަސްވުމެއް އޮތްކަމަށް ބުނަ ބުނުމާއެވެ. މި މައްސަލަނިންމުމުގައި ކޯޓޭޝަންއށް ބަރޯސާވެފައިވާތީ، އެކަމަށް ސިލިންކޯ އިންޝުއަރެންސްގެ ފަރާތުން ޖަދަލުކުރެއެވެ.

64މްއަށް ރައްދުދެމުން، މޯލްޑިވްސް ޕޯޓްސެލިމިޓެޑްގެ ފަރާތުން ބުނެފައިވަނީ ސިލިންކޯ އިންޝުއަރެންސްގްފަރާތުން ލިބިފައިވަނީ ކޯޓޭޝަންކަމަށްވާއިރު، އަދި މިއަށް އެއްބަސްވިފަހުނ ޕޮލިސީ ހިއްސާކުރިނަމަވެސް، exceptions ހިއްސާކޮށްފައިނުވާކަމުގައެވެ. އަދި މިކަންކަމަށް ބަލާއިރު، ދަށު ކޯޓުން ގޮތެއު ކަނޑައެޅުމުގައި ކޯޓޭޝަންއަށް ބަރޯސާވުމުގައ ގޯހެއްނެތްކަމގައެވެ.

65ސިވިލް ކޯޓުން މި މައްސަލަ ނިންމާފައިވަނީއިންޝުއަރެންސް ކޮންޓްރެކްޓްގެ އުޞޫލުތަކާއި ޚިލާފަށްތޯ ބަލާއިރު، ސިވިލް ކޯޓުން މި މައްސަލައިގައި ނިންމާފައިވަނީ ޕޮލިސީގައި ހިމެނޭ exceptionsގެބައި މޯލްޑިވްސ ޕޯޓްސް ލިމިޓެޑްއާ ހިއްސާކޮށްފައިވާކަމުގައި ބުރަވާނެ ވާޤިއާއެއް ނެތުމާއެކު، އެ ލިޔުން ހިއްސާކުރިކަމަށް ކަނޑައެޅޭނެ ގޮތެއް ނެތުމުން، މި މައްސަލައިގައި ޕޮލިސީގައި ހިމެނޭ އެކްސެޕްޝަންތައ ހިމެން ކަންކަން ވަޒަންކުރަނީ ނުޖެހޭކަމުގައެވެ.

66މިހިސާބުން އުފެދޭ ސުވާލަކީ، ޕޮލިސީގައި ހިމެނޭ exceptions ގ މިންގަނޑުން މި މައްސަލަ ފައިސަލާކުރުން ލާޒިމުތޯއެވް؟ އެހެނިހެން ކޮންޓްރެކްޓްތަކޭ އެއްފަދައަކުން، އިންޝުއަރެންސް ކޮންޓްރެކްޓްގައިވެސް، އޭގެ މައިގަނޑު އަސާސްތަކާމެދު ދެ ފަރާތުން އެއްބަސްވާންޖެހޭނެއެވެ. މިގޮތުން، އެ މުޢާމަލާތުގައި ހުށަހެޅުމާއި،ޤަ ބޫލާއި، ރުހުމާއި، މުޤާބިލާއި، ޤާނޫނީ ގޮތުނެބަނދެވޭ ގުޅުމެއް އުފެއްދުމުގެ ނިޔަތް އޮތްތޯ ބެލުމުގެ އިތުރުން، ނުރައްކަލާއި އިންޝުއަރކުރެވޭ ތަކެތީގެ ޔަޤީންކަންއޮތުމާއި، އިންޝުއަރކުރެވޭ މަޞްލަޙަތު ދެނެގަނެވިފައި އޮތުމާއި، އަދި ކަމުގެ އެންމެހާ ޙަޤީޤަތްތަކެއް ހާމަކުރުމެވެ.

67މި މައްސަލައިގައި ހުށަހެޅުން އައިސްފައިވަނީ ކޯޓޭޝަންގެ ޒަރިއްޔާއިންނެވެ. އެއަށް ރުހުން ލިބިފައިވެއެވެ. އެއަށްފަހު، މި ބަހުސް ކުރެވޭ ޕޮލިސީ ނަންބަރ ހިމެނޭ schedule އެއް ހިއްސާކުރިނަމަވެސް، ފެންނަން އޮތ exceptions ހްއްސާކޮށްފައިނުވާކަމެވެ.އިންޝުއަރެންސް ކޮންޓްރެކްޓެއްގައި ޤަބޫލުކުރުން ފުރިހަމަވާ މުހިންމު ވާޤިއާތައް ކަމުގައިވާ، ކަމާގުޅޭ ރިސްކުތައް، އިންޝުއަރެންސް ކަވަރގެ މުއްދަތު، ޕްރިމިއަމްގެ މިންވަރު، ކަވަރޭޖް ނުވަތަ ބަދަލުދޭނެ މިންވަރު ކޯޓޭޝަންގައި ބަޔާންކުރެއެވެ. މިއަށް ބިނާކޮށް، މުޤާބިލުވެސ ފުރިހަމަވެއެވެ.

68HN4މ މައްސަލައިގައި ބަހުސްކުރެވި ޕޮލިސގީ exceptions އަކީދ ފަރާތެ ދެމެދް ބަދަލުކުރެވިފައިވާ ލިޔުމެއްކަންދަލާލާތުކޮށްދޭ ވާޤިއާއެއްނެތެވެ. މި ޙާލަތުގައި، އެހެނިހެން އެއްބަސްވުންތަކާ އެއްފަދައަކުން، އިންޝުއަރެނސައެއްބަސްވުމެއްގައިވެސް ބަރޯސާވާނ ދީ ފަރާތުން ބަދަލުކުރި ޝަރުޠުތަކަށެވެ. އެ ޝަރުޠުތަކަކީ އެއްބަސްވުމަކަށް ވާސިލުވުމުގައި ޙަވާލާދީ ބަދަލުކުރެވިފައިވާ ޕޮލިސީ ނަންބަރު: MLM118TL000145 ޝަރުޠުތަކެވެ. އަދި ދެ ފަރާތް ދެމެދު ކުރެވިފައިވާ މުޢާމަލާތުތަކުގައި ޤާއިމުވެފައިވާ ޝަރުޠުތަކެވެ. މި މައްސަލައިގައި އެއްބަސްވުން ފުރިހަމަވެފައިވަނީ ޕްރިމިއަމް ދެއްކުމުންނެވެ. މިއީ އެއްބަސްވުމެއް ފުރިހަމަވެފައިވާކަން ދަލާލާތުކޮށްދޭ ވާޤީއާއެކެވެ. ޕްރިމިއަމް ދެއްކުމުގައި exceptions އަށް ބަރޯސާވެފައިވާކަނ އެނގޭކަށް ނެތެވެ. އަދި މީގެ އިތުރުން ފާހަގަވާކަމަކީ، މި މައްސަލައިގައ ބަހުސްކުރެވި exceptions އަކީދ ފަރާތެ ދެމެދް ބަދަލުކުރެވިފައިވާ ލިޔުމެއްކަން ދަލާލާތުކޮށްދޭ ވާޤިއާއެއް ސިލިންކޯ އިންޝުއަރެންސްގެ ފަރާތުނ ހުށަހަޅާފައިވާކަން އެނގެންނެތްކަމެވެ.

69އިނގިރޭސިވިލާތުގެ Canning v Farquhar ޤަޟިއްޔާގައި ނިންމާފައިވަނީ އިންޝުއަރެންސް ކޮންޓްރެކްޓް ފުރިހަމަވާނީ ޕްރިމިއަމް ދެއްކުމުންކަމށާއި،ޕްރިމިއަމް ދެއްކުމުގެ ކުރިން، ރިސްކް ބަދަލުވެފައިވާނަމަ، އެއަށް ބަދަލުދޭންނުޖެހޭކަމުގައެވެ. ޕޮލިސީއެއް ދޫނުކުރިނަމަވެސ ޕްރިމިއަމް ދެއްކުމުން، އެއްބަސްވުމުގެ ގުޅުމަކުން ބަނދެވުނީކަމުގައ މި ޤަޟިއްޔާގައި ކަނޑައަޅާފައިވެއެވެ.

70މި މައްސަލައިގައި ސިލިންކޯ އިންޝުއަރެންސްގެ ފަރާތުން މޯލްޑިވްސް ޕޯޓްސީ ލިމިޓެޑަށް އިންޝުއަރެންސް ޕޮލިސގައ ހިމެނި exceptions ހިއްސާކޮށްފައިވާކަން އެނގެން ނެތް ޙާލަތުގައި، އަދި އެ ވާޤީއާ އެގޮތުގެ މަތިން ސާބިތުކޮށްދެވިފައިނުވާ ޙާލަތުގައި،ކޮންޓްރެކްޓާބެހޭ އާންމު އުޞޫލުގެ ތެރެއިނިދ ފަރާތެ ދެމެދް އެއްބަސްވުމެއްގެ ދަރަޖަ ލިބޭފަދައަކުނ އޮތް ކޯޓޭޝަނެވީ. އަދ ކޯޓޭޝަންގައިވ ކަންކަނާ ނަކަލުކުރާ ޕޮލިސް ނަންބަރަށް ރިފަރެންސްދޭ schedule އެކެވެ.

71އޭންޝުއަރެންސާގުޅޭ އަގުދުތަކަކީވެސް ކޮންޓްރެކް ޓާބެހ އާންމު އުޞޫލު ހިނގާ އަގުދުތަކެއްކަމުން، މި މައްސަލައިގައި ކޯޓޭޝަންގައިވާ ކަންކަމަށް ބަރޯސާވެ ސިވިލް ކޯޓުން ނިންމި ނިންމުމަކީ، އިންޝުއަރެންސް ކޮންޓްރެކްޓްގެ އުޞޫލުތަކާއި ޚިލާފަށް ނިންމި ނިންމުމެއް ކަމުގައި ބެލެވޭނެ ޤާނޫނީ އަސާސެއް ސިލިންކޯ އިންޝުއަރެންސްގެ ފަރާތުން ހުށަހަޅާފައިވާކަމުގައި ނުދެކެމެވެ. (1886) 16 Q.B.D. 727 ކޯޓޭޝަންއަކީ ކޮންޓްރެކްޓެއް ކަމުގައި ބެލި ނަމަވެސް، ފައިސާ ދެއްކުމަށް އަންގާފައިވަނީ ކޯޓޭޝަންގެ ޓަރމްގެ އެންޑް ކޮންޑިޝަންއާ ޚިލާފަށްތޯ؟

72މި ނުކުތާގައި ސިލިންކޯ އިންޝުއަރެންސްގެ ފަރާތުން ބުނެފައިވަނީ، ކޯޓޭޝަނަކީ ކޮންޓްރެކްޓްކަމުގައި ބެލިނަމަވެސް، third party property މާނަކުރަންޖެހޭނީ އިންޝުއަރެންސް އިނޑެސްޓްރީގައި އާންމުކޮށް މި ލަފްޒު މާނަކުރާ މޭރުމުންކަމަށާއި، މި މާނައަށް ބަލާއިރު، ކޮންޓއިނަރުތަކުގ ވެރިފަރާތަކީ party third ކަމުގައި ނުބެލެވޭނެކަމަށާއި، އެހެން ކަމުން ހަމައެކަނި ކޯޓޭޝަނަށ ބެލިނަމަވެސް ބަދަލް ދޭންނުޖެހޭނެކަމުގައެވެ.

73މި ނުކުތާގައި ސިވިލް ކޯޓުން ނިންމާފައިވާ ނިންމުމަށް ބަލާއިރު، އެއްވެސް ލިޔުމެއްގައި third party އަކީ ކޮބައިކަން ބުނެނުދޭކަމަށާއި،އެއްބަސްވުމުގައ third party property ބަޔާންކުރުމުގައި، އެއްވެސް އިސްތިސްނާއެއް ނެތުމާއެކު، މި މާނައިގެ ތެރޭގައި، ޕޯޓްސް ތެރޭގައި އާ ފަރާތުގެ ބެލުމުގެ ދަށުގައި ހުންނަ ތިންވަނަ ފަރާތުގެ ވިޔަފާރި މުދާ ހިމެނޭނެކަމަށާއި، ހުށަހަޅާފައިވްކްލެއިމްގައ ހިމެނި ގެއްލުން ލިބުނު މުދަލުގެ ވެރިފަރާތަކީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑގްވިޔަފާރީގެ މަސައްކަތުގައި ގެއްލުން ލިބުނު ތިންވަނަ ފަރާތެއްގެ މުދާ ކަމުގައިވާތީ، އެ ކްލެއިމްތަކުގައ ހިމެނި ފައިސާ އެއްބަސްވުމާއި އެއްގޮތަށް ސިލިންކޯ އިންޝުއަރެންސްގެ ފަރާތުނ ދައްކަންޖެހޭނެކަމުގައެވެ.

74HN6މި ކްލައިމް ގުޅެނީ އިންޝުއަރެންސްގެ ބާވަތްތަކުގެ ތެރެއިން public liability insurance އާ ކަމުން، ކޯޓޭޝަންގައ މި އިންޝުއަރެންސްގެ ކަރަވޭޖްގ ގޮތުގައެ ބަޔާންކުރި ކަންކަމަށް ޙަވާލާދިނުން މުހިންމުވެއެވެ. All sums which the insured shall be legally liabile to pay compensation in respect of • Death or accidental bodily injury to any Third Party Person/Personnel, • Accidental damage to Third Party Property happening or caused as a result of the insured carrying on his business at the specified premises. • Including all costs and expenses of litigation recovered by any payment against the insured for compensation which an indemnity is expressed.

75ބަޔާނވެދިޔް ކަވަރޭޖުން ސާފުވެގެންދަނީ، insured ގ ވިޔަފާރި ހިންގުމުގެ ތެރޭގައި ނުވަތަ އެކަމުގެ ސަބަބުން، ތިންވަނަ ފަރާތެއްގެ މުދަލަށް (third party property) ދިމާވާ ގަސްދެއްނެތް ގެއްލުމަކަށް ބަދަލު ދޭންޖެހޭނެކަމެވެ. މި ކޯޓޭޝަންގައ property party third މި ލަފްޒު މާނަކޮށްފައެއްނުވެއެވެ.

76މޯލްޑިވްސް ޕޯޓްސީލިމިޓެޑްގައި ހިނގާދިޔަ ހާދިސާއަށް ބަލާއިރު، ގެއްލުން ލިބިފައިވަނީ އިންޝުއަރެންސްގައ ހިމެނި ރިސްކް ލޮކޭޝަންގައިކަމާމެދު ބަހުސެއްނެތެވެ. ގެއްލުން ލިބިފައިވަނީ މޯލްޑިވްސް ޕޯޓްސިލިމިޓެޑްގެ މުދަލަށްނޫންކަމާމެދު ބަހުސެއްނެތެވެ. އަދި ލިބިފައިވާ ގެއްލުމަކީ ރިސްކް ލޮކޭޝަންގައ ހުރި ތިންވަނަ ފަރާތުގެ މުދަލަށްކަމާމެދުވެސް ބަހުސެއްނެތެވެ. މިހާރު މ އުފެދޭ ބަހުސަކީ، އެ ތިންވަނަ ފަރާތުގެ މުދާ insurance liability public ގ ތެރެއިން ކަވަރނުކުރާކަމާމެދުއެވެ.

77public liability insurance ގ ޒާތަށް ބަލާއިރު، މިއީ އެހެން ފަރާތަކަށް ލިބޭގެއްލުމަކަށް އިންޝުއަރެންސް ކުރި ފަރާތުން އުފުލަންޖެހޭ ޒިންމާތަކަށް ރައްކާތެރިކަން ފޯރުކޮށްދޭއާންމު އިންޝުއަރެންސްގެ ބާވަތެކެވެ.

78އިންޝުއަރެންސް މުޢާމަލާތުގައި، party third ކަމުގައި ބެލެވްނީ،އިންޝުއަރެންސް ކޮންޓްރެކްޓްގެ ސީދާ ބައިވެރިއަކަށްނުވާ، އެހެނަސް، އިންޝުއަރކުރ ފަރާތުގާ ސަބަބުން ލިބިފައިވާ ގެއްލުމަށް ބަދަލުލިބިދިނުމަށ އެދް ފަރާތެކެވެ. އިންޝުއަރެންސްގެ ބަސްތަކުގެ އާންމު މާނަކުރުމުގެ ތެރެއިން، party third މާނަކުރުމުގެ ބޭނުމަށް party first އަކީ insurer ކަމުގައި ބެލެވޭހިނ،ދ second party އަކީ insured ކަމުގައި ބެލެވެއެވެ.

79މި މާނައިގައި public liability insurance އަކީ، third party ނުވަތަ ތިންވަނޭފަރާތަކަށް ދައްކަންޖެހޭ ބަދަލުތަކަށް ޒިންމާ އުފުލައިދޭ، އަދި އެކަމުގެ ސަބަބުން އިންޝުއަރެންސް ކުރިފަރާތުގެ މުދަލާއި ފައިސާއަށް އަތުވެދާނެ އުނިކަމަކުން ރައްކާތެރިކޮށްދޭ އިންޝުއަރެންސްގެ ބާވަތެކެވެ.މިއީ މިސާލަކަށް، ގުޅުން ހުރާޢަމާރްތަށ ނުވަތް އުޅަނދަކަށ ނުވަތް މެޝިނަރީއަކަށ ޒިންމާ އުފުލުމެވެ.

80insurance liability ގައި ކޮންޓްރެކްޓްގެ މައުޟޫއަކީ އަނިޔާ ލިބުނު މީހާއަށް ލިބުނު ގެއްލުމެއްނޫނެވެ. ނަމަވެސް އެއީ، އެ މީހާގެ މައްޗަށް އިންޝުއަރކުރި ފަރާތަށް އޮތް ޤާނޫނ ޒިންމާއެވެ. އެއީ، މި ޙާލަތުގައި އިންޝުއަރކުރެވެނ insurer ނުވަތަ insured އަށް ނުވެފައި، އިންޝުއަރކުރެވެނީ ތިންވަނަ ފަރާތުގެ މައްޗަށް އޮންނަ ޒިންމާކަމުގައިވާތީއެވެ. މި ޙަވާލާދޭ ތިންވަނަ ފަރާތަކީ އިންޝުއަރެންސް ކޮންޓްރެކްޓްގެ ބައިވެރިއެއްނޫންކަމާއި، އެ ފަރާތަށް އެ ކޮންޓްރެކްޓްގެ ދަށުން އެއްވެސް ޙައްޤެއް right) (contractual ލިބިގެންނުވެއެވެ. އިންޝުއަރެންސްކުރާ ކުނފުނީގެ ޒިންމާއަކީ، ތިންވަނަ ފަރާތަކަށް އުފުލަންޖެހޭ ޤާނޫނީ ޒިންމާގެ ސަބަބުން ކުރިމަތިވާ މާލީ ބުރައިން އިންޝުއަރެންސްކުރ ފަރާތާ ސަލާމަތްކޮށްދިނުމެވެ. ނުވަތަ އިންޑެމްނިފައިކޮށްދިނުމެވެ.

81ބްނދަރުތަކާއި ޓާމިނަލްތައް ހިންގާ ފަރާތްތަކުން ކުރާ މަސައްކަތުގެ ތެރެއިން އިހުމާލުވުމުގެ ސަބަބުން ތިންވަނަ ފަރާތެއްގެ މުދަލަށް ލިބޭ ގެއްލުމުގެ ބަދަލު ދިނުމަށާޤާނޫނީގޮތުން ލާޒިމުވާ ޙްލަތްތަކުގައި، އެ ޒިންމާ އުފުލުމަށް insurance liability އިން ބާރުއަޅާކަނ ކޯޓުތަކުން ދެމެހެއްޓެނިވި International Risk Management Institute, Inc. Third party. In IRMI Glossary of Insurance and Risk Management Terms. Retrieved February 8, 2026, from https://www.irmi.com/term/insurance-definitions/third- party Rigby Financial. Glossary of insurance terminology: Third party. Retrieved February 8, 2026, from https://www.rigbyfinancial.co.uk/insights-useful-links/glossary-insurance-terminology/ ގޮތެއްގައި ބަލައިގަނެފައިވެއެވެ. މިގޮތުން، Post Office v Norwich Fire Insurance Society Ltd ޤަޟިއްޔއަކީ މިފަދައިން ތިންވަނަ ފަރާތުގެ މައްޗަށާ liability insurance ގައި އޮތް ޒިންމާއާއި، ތިންވަނަ ފަރާތަށް ލިބިދެވޭ ބަދަލު ކަނޑައަޅާފައިވާ ޤަޟިއްޔާއެކެވެ.

82ބަޔާނވެދިޔް ޙަޤީޤަތްތަކުން ފާޅުވާ އެއް ކަމަކީ، liability insurance ގއ ވިޔަފާރި ހިންގުމުގެ ތެރޭގައި ތިންވަނަ ފަރާތެއްގެ މުދަލަކަށް ލިބޭ ގެއްލުމަކަށް ބަދަލުދެވޭކަމެވެ. މިއީ ސިލިންކޯ އިންޝއަރެންސްގެ ފަރާތުން ދޫކޮށްފައިވާ ކޯޓޭޝަންގައ insurance liability public ގެ ތެރެއިން ކަވަރޭޖްދޭކަމަށް ބަޔާންކުރާ އެއް ޙަޤީޤަތެވެ. މި މައްސަލައިގައ party third މާނަކޮށްފައިވާކަނ އެނގެން ނެތް ޙާލަތުގައި، އެ ބަހުގެ އާންމު މާނައަށް ބަލައި،އެ މާނައިގެ ތެރޭގައި insured ގ ބެލުމުގެ ދަށުގައިވާ އަދި ޚާއްޞަކޮށް އިންޝުއަރކުރެވިފެއިވަ ސަރަހައްދުގައިވާ ތިންވަނަ ފަރާތްތަކާއި ތިންވަނަ ފަރާތުގެ މުދާ ހިމެނޭނެއެވެ. މި ޙާލަތުގައި، އ ފަރާތަށް ނުވަތަ އެ ފަރާތުގެ މުދަލަށް ލިބިފައިވާ ގެއްލުމަށް ބަދަލު ލިބިދޭންޖެހޭނެއެވެ.

83HN7ކްޓޭޝަންއަށް ބެލުމުންވެސް މުވައްޒަފުން އިހުމާލުވާ ޙާލަތުގައި، އެއީ ބަދަލު ލިބިދިނުމގު އިސްތިސްނާއެއްކަން ކ ޓޭޝަނުންވެސް އެނގޭކަމުގައި ސިލިންކޯ އިންޝުއަރެންސްގެ ފަރާތުނ ބުނިނަމަވެސް، މިފަދަ ބަހުސެއް ސިވިލް ކޯޓުގައި އެ ފަރާތުން ކުރިމަތިކޮށްފައެއްނުވެއެވެ.

84ސިވިލ ކޯޓުން މައްސަލް ނިންމުމުގައި އިންޝުއަރެންސްގެ އާންމު އުޞޫލާއި ޚިލާފުވެފައިވާކަމުގައި ސިލިންކޯ އިންޝުއަރެންސްގެފަރާތުން ބަޔާންކުރިނަމަވެސް، އެފަދަ އުޞޫލަކީ ކޮބައިކަން ސިލިންކޯ އިންޝުއަރެންސްގިފަރާތުން ބުނެދީފައެއްނުވެއެވެ. އަދި ހަމައެއާއެކު،މ އިސްތިއުނާފުގައި ސިލިންކޯ [1967] 2 QB 363 Held, allowing the appeal, (1) that the rights of the insured against his insurers, which vested in an injured third party by virtue of the Act of 1930, were transferred subject to the conditions in the contract of insurance; and that since the insured contractors could not have claimed to be indemnified by their insurers until their liability had been established, the Post Office could be in no better position, and was therefore not entitled to sue the insurance company direct until the contractors' liability had been determined: a fortiori where liability was disputed. އިންޝުއަރެންސްގެ ފަރާތުން އިންޝުއަރެންސް މުޢާމަލާތުގައި party third ގެ މަފްހޫމްއަށް މާނަދީފައިވަނީ އިންޝުއަރެންސް އުޞޫލުގެ ތަރަހައިގެ ތެރެއިން ކަމުގައި ނުދެކެމެވެ. އެހެންކަމުން، ސިވިލް ކޯޓުން މި މާނަ ދީފައިވާގޮތ އިންޝުއަރެންސް އުޞޫލާއި ޚިލާފުކަމުގައ ބެލެވޭނެކަމުގައި ނުދެކެމެވެ.

މައްސަލަ ނިންމަން ފެންނަގޮތް

85އިސްވެ ބަޔާންކޮށްފައިވާ ކަންކަމަށް ބިނާކޮށް، ސިވިލް ކޯޓުގެ ނަންބަރު 2445/Cv-C/2022 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް އެދި ސިލިންކޯ އިންޝުއަރެންސްގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ރިޢާޔަތްކޮށް، އެ ޤަޟިއްޔާއިން ނިންމާފައިވާ ނިންމުން ބާޠިލުކުރާނެ ތަނެއް ނެތްކަމަށް ކަނޑައަޅަން ފެނެއެވެ.

ފަނޑިޔާރު ފާޠިމަތު ފަރްހީޒާގެ ރައުޔާ

86ފަނޑިޔާރު ޙުޒައިފާ މުޙައްމަދު ގެ ރައުޔަށް ތާއީދު ކުރުމާއެކު މައްސަލައާ ގުޅިގެން އަހުރެންނަށް ފާހަގަކުރެވޭ ކަންތައްތައް އިތުރުކުރަމެވެ.

87މިމައްސަލައިގައި އުފެދިފައިވާ މައިގަނޑު ޚުސޫމާތަކީ، ދެފަރާތުގެ ދެމެދުގައި އިންޝުއަރެންސްގެ އެއްބަސްވުމެއް އުފެދިފައިވާއިރު، މިއެއްބަސްވުމުގެ ޙަކަމަކީ ކޮބައިތޯއ މެދާ އުފެދިފައިވާ ސުވާލެކެވެ.

88އެއްބަސްވުމަކީ ދައުވަތަކާއި ހުށަހެޅުމަކުން ފެށި ޤަބޫލުކުރުމަކުން އުފެދޭ ގުޅުމެކެވެ. އިންޝުއަރެންސް އެއްބަސްވުމެއް އުފެއްދުމަށްޓަކައ ހުށަހަޅި ހުށަހެޅުން )Offer(، އިންޝުއަރެންސް ކުންފުނީގެ ފަރާތުން ނުވަތް އިންޝުއަރެންސް ކުރަން ބޭނުންވާ ފަރާތުގެ ކިބައިންވެސް އަތުވެދާނެއެވެ. އެކަމެއްގެ މައްޗަށ އެއްބަސްވުން ފުރިހަމަވާ ކަމަކީ، އެ ހުށަހެޅުނު ޤަބޫލުކުރުމެވެ. (Acceptance)

89ދެފަރާތުގެ ދެމެދުގައި މިއުފެދޭ ގުޅުމުގެ ޙަކަމުގެ ތެރޭގައި އިންޝުއަރެންސް ކުންފުނީގެ ޕްރޮސްޕެކްޓަސް، އިންޝުއަރެންސް ބޭނުންވާ ފަރާތުގެ ޕްރޮޕޯސަލް ފޯމު، )މީގެ ތެރޭގައި ހުށަހެޅުމާއި ޤަބޫލުކުރުމުގެ ޝަރުޘުތައް( އަދި އިންޝުއަރެންސް ޕޮލިސީ ހިމެނެއެވެ.

90އިންޝުއަރެންސް ކުންފުންޏެއްގެ ޕްރޮސްޕެކްޓަސްގައި، އެކި ބާވަތުގެ ޕޮލިސީތަކާއި، ޕޮލިސީތަކުން ލިބިދޭ އިމްތިޔާޒުތަކާއި ޝަރުޠުތަކާއި، އިންޝުއަރެންސް އެއްބަސްވުންތައް އުފެދޭ ގޮތުގެ އިޖުރާއަތްތަކާއި، ބަދަލު ދިނުމުގެ ކަންކަމާއި، އަދި އިންޝުއަރެންސް އެއްބަސްވުމާ ގުޅޭ އުޞޫލުތަކާއި ގަވާއިދުތައް ތަފްޞީލުކޮށްދެއްވެ. ޢާންމު އުޞޫލުން، މި ޕްރޮސްޕެކްޓަސްއަކ ޤާނޫނީ ގޮތުން ބާރުހިނގާ ލިޔުމަކަށް ވަނީ، ޕޮލިސީގައި އެ ލިޔުމަށް ޙަވާލާދީފައިވާނަމަ ނުވަތަ އެއަށް އިޝާރާތްކޮށްފައިވާނަމައެވެ.

91އިންޝުއަރެންސްގެ އެއްބަސްވުންތަކަކީ، ޒަމާނުއްސުރެ، ޢާންމު ގޮތެއްގައި، ބުނާ ބުނުންތަކަށް ބަރޯސާވެގެން އުފެދޭ އެއްބަސްވުންތަކެކެވެ. އެއްބަސްވުމަށް އަސަރުކުރާނެ ހުރިހާ މުހިންމު މަޢުލޫމާތެއް )Fact Material( އިންޝުއަރެންސް ލިބޭ ފަރާތުން ހާމަކުރަންޖެހެއެވެ. ކޮންމެ މައްސަލައެއްގައި މެޓީރިއަލް ފެކްޓްސް ބިނާވެގެންވާނީ، އެ މައްސަލައިގެ ވާޤިއާތަކުގެ މައްޗަށެވެ. އިންޝުއަރެންސްގެ މައްސަލައެއްނަމަ، ހުށަހެޅޭ ޕްރޮޕޯސަލަށް ބަލައި، އިންޝުއަރެންސް ކޮށްދޭ ފަރާތަކުން، އިންޝެއަރެންސް ކޮށްދޭނެކަނ ނުވަތް ނޫންކަމާއި، އެ އިންޝުއަރެންސަށް އެ ފަރާތުނ ކަނޑައަޅާނެ ޕްރިމިއަމް ފަދަ ކަންކަން ނިންމުމަށް އެ ޕްރޮޕޯސަލުން ބާރުލިބޭނ ނުވަތެ އަސަރުކުރާނެ ކޮންމެ ކަމަކީ މެޓީރިއަލް ފެކްޓެއ ކަމަށް ސުޕްރީމް ކޯޓުގްއަމާނާ ތަކަފުލް ) މޯލްޑިވްސް( ޕަބްލިކް ލިމިޓެޑް ވ. ޝަރޫ ލޯންޗް ސަރވިސް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގައި ކަނޑައަޅާފައިވެއެވެ.

92އިންޝުއަރެންސ ކުރް ފަރާތުން ހުރިހާ މުހިންމު މަޢުލޫމާތެއް ހާމަކުރަންޖެހޭ ފަދައިން، އިންޝުއަރެންސް ދޭ ފަރާތުންވެސް އޭނާއަށް ދޫކުރަން ގަސްތުކުރާ ޕޮލިސީގެ ޝަރުޠުތަކާއި އުޞޫލުތައ އިންޝުއަރެންސް ކުރް ފަރާތަށް އަންގައިދޭންޖެހެއެވެ. އަދި ޕްރޮޕޯސަލް ފޯމުގައި ނުވެ ތ ޕްރޮސްޕެކްޓަސްގައިވާ ބަޔާންތަކަށް، ނުވަތަ އޭޖެންޓުނ މެދުވެރިކޮށް ދީފައިވާ މަޢުލޫމާތުތަކަށް އ ފަރާތުން ފުރިހަމައަށް ބޯލަނބަންޖެހެއެވެ.

93އިންޑިއާގެ ޤަޟިއްޔާއެއް ކަމުގައިވާ Modern Insulators Ltd vs Oriental Insurance . LtdCo ގައި އިންޝުއަރެންސް ކުރި ފަރާތުން މެޝިނަރީތަކެއ އިންޝުއަރެންސް ކުރިއެވެ. ނަމަވެސް، ގެއްލުމުގެ ބަދަލަށް އެދުމުން، އިންޝުއަރެންސް ކުންފުނިންބަދަލުދިނުމަށް އިންކާރުކުރާ ޕޮލިސީގެ "އިސްތިސްނާ މާއްދާ" )Clause Exclusion( އަކަށް ރިޢާޔަތްކޮށްފައެވެ. އެހެންނަމަވެސް، އެއްބަސްވުން ގާއިމުވިއިރު އިންޝުއަރެންސް ކުރި ފަރާތަށް ދީފައިވަނީ ހަމައެކަނި "ކަވަރު ނޯޓް" އާއި "ޝެޑިއުލް" އެވެ. ބަދަލު ނުދޭން ކުންފުނިން ބޭނުންކުރި އިސްތިސްނާ މާއްދާތައް ހިމެނެ "މައި ޕޮލިސީ" ލިޔުން އެފަރާތަށް ފީރުކޮށްދީފައެއް ނުވެއެވެ. މިމައްސަލައިގައި އިންޑިއާގެ ސުޕްރީމް ކޯޓުން ކަނޑައަޅާފައިވަނީ އެންމެ މަތީ ދަރަޖައިގެ އިތުބާރު ހިފޭ މިންވަރަށް ތެދުވެރިވުމަކ އިންޝުއަރެންސ ޤާނޫނުގް އަސާސީ އުޞޫލުކަމަށެވެ. އަދި ތެދުވެރިވުމުގެ އުޞޫލު މަނާކުރަނީ، ދ ފަރާތަށް އެނގިފައިވާ ޙަޤީޤަތްތައް ހާމަނުކޮށް ސިއްރުކުރުމަށް ކަމަށެވެ. އިންޝުއަރެންސް ކުރި ފަރާތުގެ މައްޗަށް މަޢުލޫމާތު ހާމަކުރުމުގެ ވާޖިބެއް އޮންނަ ފަދައިން، އިންޝުއަރެންސް ކުންފުންޏާއި Manmohan Nanda vs United India Insurance Co. Ltd. 2025 INSC 268 Para 34 Just as the insured has a duty to disclose all material facts, the insurer must also inform the insured about the terms and conditions of the policy that is going to be issued to him and must strictly conform to the statements in the proposal form or prospectus, or those made through his agents. Thus, the principle of utmost good faith imposes meaningful reciprocal duties owed by the insured to the insurer and vice versa (2000) 2 SCC 734 އެ ކުންފުނީގެ އޭޖެންޓުންނަށް އެނގިފައިވާ މުހިންމު މަޢުލޫމާތެއް ހާމަކުރުމަކީ އެފަރާތްތަކުގެ މައްޗަށް އޮތް ވާޖިބެއްކަމަށެވެ. ބަދަލު ނުލިބޭނެ ޙާލަތްތައް )Exclusion Clause( ހިމެނޭ ސްޓޭންޑަޑް ޕޮލިސީގެ ޝަރުޠުތަކަކީ، އިންޝުއަރެންސް އެއްބަސްވުމުގެ ބަޔަކަށް ވެފައި ނުވާތީއާއި، އަދި އެކަނ އިންޝުއަރެންސް ކުރި ފަރާތަށް ހާމަކޮށްފައި ނުވާތީ، އިންޝުއަރެންސް ކުންފުންޏަށް އެ އިސްތިސްނާ މާއްދާގެ ފައިދާއެއް ނުލިބޭނެކަމަށެވެ.

94ޕޮލިސީގައިވާ އިސްތިސްނާ މާއްދާއަކަށް އަމަލުކުރެވޭނީ، އެ މާއްދާއަކީ އެއްބަސްވުމުގެ ބަޔަކަށްވެ، އަދި އެކަން އިންޝުއަރެންސް ކުރި ފަރާތަށް ހާމަކޮށްފައިވާނަމައެވެ. މިމައްސަލައެކޭ އެއްފަދައިން، އިންޝުއަރަންސްއާ ބެހޭ ޤާނޫންއައުމުގ ކުރީގެ ވާޤިއާތަކެއް ހިމެނޭ، ސުޕްރީމް ކޯޓުގެއެލައިޑ އިންޝުއަރެންސް ކޮމްޕެނީ އޮފް ދަ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވ. ޢަބްދުއްރަޙްމާން ޔޫސުފް ޤަޟިއްޔާގައި، ދިވެހިރާއްޖޭގައި އިންޝުއަރަންސްއާބެހޭ ޚާއްޞަ ޤާނޫނެއް ނެތުމުން، މިފަދަ މައްސަލަތަކުގައިވެސް ސާބިތުކޮށްދިނުމުގެ ބުރައާ ގުޅިގެން ޢަމަލުކުރެވެނީ ޢާންމު މަދަނީ މައްސަލަތަކުގައި ޢަމަލުކުރެވޭ ގޮތަށް ކަމަށް ކަނޑައަޅާފައިވެއެވެ.

95މ އުޞޫލުގެ ދަށުން، އިސްތިސްނާ މާއްދާއެއްގެ ފައިދާ ހޯދުމަށް އެދޭނަމަ، އެ މާއްދާ ހިމެނޭ ފުރިހަމަ ޕޮލިސީ ލިޔުންތައް، އެއްބަސްވުން ގާއިމުވިއިރު އިންޝުއަރެންސް ކުރި ފަރާތަށް ފޯރުކޮށްދީފައިވާކަން ސާބިތުކޮށްދޭންޖެހޭނީ އިންޝުއަރެންސް ކުންފުނިންނެވާ.މަޢުލޫމާތު ހާމަކޮށްފައި ނުވާނަމަ، އެ ބުނާ އިސްތިސްނާ މާއްދާއަކީ އެއްބަސްވުމުގެ ބަޔަކަށް ނުވާތީ، އޭގެ ފައިދާ އިންޝުއަރެންސް ކުންފުންޏަށް ނުލިބޭނެއެވެ.

ޤާނޫނު ނަންބަރު 2025/13

96ސިލިންކޯ އިންޝުއަރެންސްގެ ބަހުޘަކީ މިމައްސަލައިގައި ހިމެނޭ އިންޝުއަރެންސް ޕޮލިސީ ލިބިފައިވާކަން މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ބަހުންވެސް އެނގޭކަމަށާއި، "exception" މާއްދާއަކީ ޕޮލިސީގެ ބައެއްކަމުގައިވާއިރު، އެކަން އެފަރާތަށް އެނގޭނެކަމަށެވެ.

97އިންޝުއަރެންސް ޕޮލިސީއަކީ އިންޝުއަރެންސް ކުރި ފަރާތާއި އިންޝުއަރެންސް ދޭ ފަރާތާ ދެމެދު ކުރިން އުފެދިފައިވާ އެއްބަސްވުމުގެ ހެކި ދައްކައިދޭ ރަސްމީ ލިޔުމެވެ. ޕޮލިސީގައި އެއްވެސ އޮޅުންބޮޅުމެއ ނުވަތް ދޭހަވާ މާނަ ސާފުނުވާ ކަމެއް އުޅޭނަމަ، އެކަން މާނަކުރަންވާނުއެ ލިޔުން ތައްޔާރުކުރ ފަރާތި ކަމުގައިވާ އިންޝުއަރެންސް ދޭ ފަރާތާ )އިންޝުއަރ( ދެކޮޅަށެވެ. މި އުޞޫލު އުފަންވަނީ 'ކޮންޓްރާ ޕްރޮފެރެންޓަމް' )proferentem Contra( ގެ ޤާނޫނީ އުޞޫލުގެ ތެރެއިންނެވެ.

98ބުނެވުނު އުޞޫލުތައް މިމައްސަލައަށް ތަޠްބީޤުކުރަން ބަލާއިރު، މޯލްޑިވްސް ޕޯޓްސުލިމިޓެޑްގެ ދައުވަތަށް އިޖާބަދީ ހުށަހެޅުމެއް ހުށަހެޅީ ސިލިންކޯ އިންޝުއަރެންސްގެ ފަރާތުން ނަންބަރ QTY201812-001 )16 ޑިސެންބަރު 2018( ކޯޓޭޝަނުގެ ޛަރީއާއިންނެވެ. މިލިޔުމުގައި ޕޮލިސް ބިނާވާނީ ގަވާއިދުތަކަކަށް ޙަވާލާދީފައިވާ ނުވާއިރު، ހުށަހެޅިފައިވާ އެއްވެސް ލިޔެކިޔުމަކުން ޕޮލިސީއަށް ވާސިލުވުމުގައި ކުރެވުނު އިތުރު ޝަރުޠުތައް ސާފެއް ނޫނެވެ. މޯލްޑިވްސ ޕޯޓްސް ލިމިޓެޑްގެ ޤަބޫލުކުރިކުރުން ޤައިދުކޮށްފައިއޮތީ ކޯޓޭޝަނަށެވެ. ޕޮލިސީ ހޯދުމަށް މ ލްޑިވްސްޕޯޓްސ ލިމިޓެޑް އިން އެދިފައިވާކަން އެނގެންއޮތްއިރު، ޕޮލިސީ ޙިއްސާކުރެވުނ ގޮތު އިންޝުއަރެންސް ކުންފުންޏަށް ބުނެދެވިފައިނުވެއެވެ .އެހެންނަމަވެސް، މޯލްޑިވްސ ޕޯޓްސާލިމިޓެޑްގެ ބަހުން ޕޮލިސީ ލިބިފައިވާކަން އެނގެއެވެ. ސުވާލު އުފެދިފައިވާ "exception" ސްފްޙާއަކީ، ޕޮލިސީގެ ޝެޑިއުލްއެއް ކަމަށާއި، ޝެޑިއުލްތަކަކީ، ޕޮލިސީގެ ބައެއްކަމަށް ސިލިންކޯ އިންޝުއަރެންސް އިނ Fowkes v Manchester and London Life Insurance Co, (1862) 3 F & F 440, 176 ER 198 ބަޔާންކުރިނަމަވެސް، ހުށަހެޅުނު ލިޔެކިޔުންތަކުން މިއީ ޕޮލިސީގެ ޝެޑިއުލް އެއް ކަމެއް އެނގެން ނެތެވެ. ސަފްޙާ ނަންބަރެއް، ޙަވާލާދިނުމެއް ނެތި، ވަކިން އޮތް މިސަފްޙ އަކާ ޕޮލިސީގެ ބައެއްކަން އެނގޭނެ އެއްވެސް މަގެއް ހުށަހެޅިފައިވާ ލިޔެކިޔުންތަކުން އެނގެން ނެތް އީ ރ، މިލިޔުން އިސްތިއުނާފި ރައްދުވު ފަރާތަށް ހާމަކުރެވިފައިވާކަމުގެ ޒިންމާ އަދާކުރެވިފައިވާ ކަމުގައިނުވާތީ މިއީ ދެފަރާތުގެ ދެމެދުގައި ވެވުނު އެއްބަސްވުމެއްގެ ބައެއްގެ ގޮތުގައި ކަނޑައެޅިދާނެ ކަމުގައި ނުބެލެވެއެވެ.

ފަނޑިޔާރު ޙަސަން ޝަފީޢުގެ ރައުޔު

99ފަނޑިޔާރި ޙުޒައިފާ މުޙައްމަދުގެ ރައުޔަށާއ ފަނޑިޔާރު ފާޠިމަތު ފަރްހީޒާ ފާހަގަކުރެއްވި ކަންކަމަށް އަހުރެން ތާއީދު ކުރަމެވެ.

އިސްތިއުނާފުކުރުމުގެ އިޖުރާއަތު ބަޔާންކޮށްދިނުން

100މ ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި ޙުކުމްކުރުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ އިސްތިއުނާފުކުރުމުގެ ޙައްޤު މައްސަލައިގެ ޚަސްމުންނަށް ލިބިގެންވެއެވެ. އާންމު އުޞޫލެއްގެ ގޮތުނާދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް މައްސަލަ އިސްތިއުނާފުކުރުމަށް ހުށަހެޅޭނީ ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމުން ނިންމާތާ 30 )ތިރީސް( ދުވަހުގެ ތެރޭގައެވެ.މި މުއްދަތުގެ ތެރޭގައި ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ޙަވާލުކޮށްފައިނުވާނަމަ، އިސްތިއުނާފުކުރުމުގެ މުއްދަތު ކޯޓުނަ މައްސަލައިގް ޙުކުމްކުރުމަށްފަހު، އެ ޙުކުމް އިސްތިއުނާފުކުރުމުގެ ޙައްޤު ލިބިގެންވާކަމާއި، އިސްތިއުނާފުކުރެވޭނެ ކޯޓާއި، އިސްތިއުނާފުކުރަންޖެހޭ ވަގުތު ޚަޞްމުންނަށް ސާފުކޮށްދޭންވާނެކަމާއި، އަދި މިކަން ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގައި ބަޔާންކޮށްފްއ އޮނނަންވާނެކަމުގައި މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 268 ވަނަ މާއްދާގައި ބަޔާންކުރެއެވެ. މިކަމުގައި ދެވޭ އިސްތިސްނާ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 284 ވަނަ މާއްދާގެ )ރ( ގައި ބަޔާންކުރެއެވެ. މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 284 ވަނަ މާއްދާގެ )ހ( ގުނަން ފަށާނީ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ޙަވާލުކުރާ ތރީޚުނާ ފެށިގެންނެވެ. އެހެނަސް، ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ ޚުލާޞާއަށް ބިނާކޮށްވެސް އިސްތިއުނާފަށް ހުށަހެޅިދާނެއެވެ. މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 284 ވަނަ މާއްދާގެ )ށ( މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 284 ވަނަ މާއްދާގެ )ނ(

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

ޝަރީޢަތުގެ ވީޑިއޯ

ހައިކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޝެއަރ ކުރައްވާ