ނަން ސިއްރުކޮށްފައި ވ. ނަން ސިއްރުކޮށްފައި
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- ފެމިލީ ކޯޓު 1433/Fm-C/2024
- ފަހުގެ ތާރީޚު
- ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް
ކޯ ޓާމްސް
ޚުލާޞާ
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ވަލީވެރިޔާ (ބައްޕަ) ވަލީދިނުމަށް އިންކާރުކުރާ ޙާލަތުގައި ދިވެހި ދެމީހުން ސްރީލަންކާގައި ޙާކިމުގެ ވަލީއަށް ކުރި ކާވެނި ޞައްޙަތޯއާއި، ޢާއިލާއާބެހޭ ގަވާއިދުގެ 32 (ނ) އާއި 33 ވަނަ މާއްދާގައިވާ ވަލީވެރިޔާގެ ރުހުން ނެތުމުން އެ ކާވެނި ބާޠިލުވޭތޯ ނުވަތަ ރަޖިސްޓްރީ ނުކުރެވޭތޯ؛ އަދި ޚަޞްމުންނާމެދު ތަފާތުކޮށް ޢަމަލުކޮށްފައިވޭތޯއާއި، ފެމިލީ ކޯޓުގެ އިހުމާލާއި ދަރިފުޅު ރަޖިސްޓްރީކުރުމުގެ ސުވާލު.
ނިންމުން
ދަށުކޯޓުގެ ނިންމުން ބާޠިލުދަށުކޯޓުގެ ޙުކުމް ބާޠިލު؛ ކާވެނި ޞައްޙަކަމަށް ކަނޑައަޅައި، ހުށަހަޅައިފިނަމަ ރަޖިސްޓްރީކޮށްދިނުމަށް ފެމިލީ ކޯޓަށް އެންގި
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 އިސްލާމީ ޝަރީޢަތުގައި ކާވެންޏަށް ވަލީވެރިޔަކު ހުރުން ލާޒިމުވެ، ވަލީވެރިޔާގެ އިޒުނައާނުލައި ކުރާ ކާވެނި ބާޠިލުވާއިރު، ވަލީވެރިން އަރައިރުން ވެއްޖެނަމަ ވަލީވެރިޔަކު ނެތް އަންހެނާގެ ވަލީވެރިޔަކީ ސުލްޠާނު (ޙާކިމު) އެވެ.
HN2 ޢާއިލާއާބެހޭ ޤާނޫނުގެ 13 ވަނަ މާއްދާއިން ކާވެނި ޞައްޙަވުމަށް ބޭނުންވަނީ ޝަރުޢީ ޝަރުޠުތައް ފުރިހަމަވުންކަމުން، ކޮންމެ ތަނެއްގައި ކުރި ކާވެންޏެއްވެސް އެ ޝަރުޠުތައް ފުރިހަމަވެއްޖެނަމަ ޞައްޙަވެ، ދިވެހިންނަށް ރާއްޖެއިން ބޭރުގައިވެސް ޙާކިމުގެ ވަލީއަށް ކާވެނި ކުރެވޭނެއެވެ؛ ޙާކިމުގެ ވަލީއަށް ކާވެނިކުރުމަކީ ކާވެނި ޞައްޙަނުވާނެ ސަބަބެއް ނޫނެވެ.
HN3 ރާއްޖެއިން ބޭރުގައި ދިވެހިން ޙާކިމުގެ ވަލީއަށް ކުރާ ކާވެންޏަށް ދިވެހިރާއްޖޭގެ ކޯޓުތަކުން ޙާކިމުގެ ވަލީ ހޯދުން ލާޒިމުކުރާ މާއްދާއެއް ނުވަތަ އިޖުރާއަތެއް ޢާއިލާއާބެހޭ ޤާނޫނާއި ގަވާއިދުގައި ނެތުމުން، އެގޮތަށް ވަލީ ނުހޯދުމަކީ ކާވެނި ޞައްޙަނޫންކަމަށް ކަނޑައެޅޭނެ ހުއްޖަތެއް ނޫނެވެ؛ އެހެން ޤައުމެއްގައި އިސްލާމީ ޝަރީޢަތާ އެއްގޮތަށް ކާވެނިކޮށްދިނުމުގެ ހުއްދަ ލިބިފައިވާ ފަރާތަކުން ޙާކިމުގެ ވަލީއަށް ކޮށްދޭ ކާވެނި ޞައްޙަވާނެއެވެ؛ އެފަދަ ޙާކިމުގެ ވަލީ ޞައްޙަނޫންކަމަށް ކަނޑައެޅެންވާނީ ޝަރުޢީ އުޞޫލުތަކާއި އެ ޤައުމުގެ އިޖުރާއަތާ ޚިލާފަށް ވަލީ ހޯދާފައިވާކަން ސާބިތުވެގެންނެވެ.
HN4 ރާއްޖެއިން ބޭރުގައިކުރާ ކާވެނި ރަޖިސްޓްރީކުރުމުގެ ބޭނުމަށް ވަލީވެރިޔާގެ ރުހުން އޮތްތޯ ބެލުމަކީ (ޢާއިލާއާބެހޭ ގަވާއިދުގެ 32 (ނ)، 33) ޢާއްމުކޮށް ޢަމަލުކުރަންޖެހޭ ގޮތެވެ؛ ނަމަވެސް ވަލީވެރިޔާ ރުހުން ނުދޭނަމަ ޤަބޫލުކުރެވޭ (މަޤުބޫލު) ސަބަބެއް އޮންނަން ޖެހޭނެއެވެ؛ ސަބަބެއް ނެތި ރުހުން ނުދޭނަމަ ޞައްޙަ ކާވެނި ރަޖިސްޓްރީ ކުރެވެންވާނެއެވެ.
HN5 ޝަރީޢަތުން ނަސަބު ސާބިތުކޮށްފައިވާ ދަރިއަކީ ދަރިއެއްނޫންކަމަށްބުނެ ބައްޕަ ވަލީ ނުވަތަ ރުހުން ދިނުމަށް އިންކާރުކުރުމަކީ މަޤުބޫލު ސަބަބެއް ނޫނެވެ؛ އެފަދަ ޙާލަތެއްގައި ޢާއިލާއާބެހޭ ޤާނޫނުގެ 9 ވަނަ މާއްދާގެ (ށ)ގެ (2) ގެ ދަށުން ޙާކިމުގެ ވަލީއަށް ކާވެނިކުރުމުގެ ޝަރުޠު ފުރިހަމަވާނެއެވެ.
HN6 ޢާއިލާއާބެހޭ ގަވާއިދުގެ 33 ވަނަ މާއްދާގެ ދަށުން ވަލީވެރިޔާގެ ރުހުން ބެލުމަކީ ކާވެނީގެ ފަހުގެ ރަޖިސްޓްރޭޝަންގެ މަރުޙަލާގައި ހިނގާ އިޖުރާއަތެއް ކަމުން، އޭގެ ނަތީޖާއަކީ ރުހުން ނެތި ކުރި ކާވެނި ބާޠިލުވުން ނޫނެވެ؛ ނަމަވެސް މާނަކުރުމުގެ ހަމަތަކުގެ ޤާނޫނުގެ 3 އާއި 6 ވަނަ މާއްދާއަށް ބަލާއިރު ޙާކިމުގެ ވަލީއަށް ރާއްޖެއިން ބޭރުގައި ކުރި ކާވެންޏެއްގައިވެސް ނަސަބުގެ ވަލީވެރިޔާގެ ބަހެއް ބަލަން ޖެހޭނެއެވެ؛ ޙާކިމުގެ ވަލީއަށް ކާވެނި ކުރެވެނީ 9 ވަނަ މާއްދާގެ (ށ)ގައިވާ ޙާލަތްތަކުގައި އެކަންޏެވެ.
HN7 ރާއްޖެއިން ބޭރުގެ ކާވެނީގެ ސެޓްފިކެޓުގައި ވަލީވެރިޔާގެ ރުހުން އޮތްކަމަށް ލިޔެފައިވާނަމަ އެ ރަސްމީ ލިޔުމަށް ބުރަވެވޭނެ ކަމަށް 2015/HC-A/392 (ނަހުލާ މައްސަލަ) ގައި ކަނޑައެޅި އުޞޫލު، ސެޓްފިކެޓުން ވަލީވެރިޔާގެ ރުހުން ނޭނގޭ ޙާކިމުގެ ވަލީގެ ކާވެންޏަކަށް ތަޠުބީޤު ނުކުރެވޭނެއެވެ.
HN8 ޢާއިލާއާބެހޭ ޤާނޫނުގެ 19 ވަނަ މާއްދާގައިވަނީ ރާއްޖެއިން ބޭރުގައިކުރާ ކާވެނި ރަޖިސްޓްރީކުރުމުގެ އުޞޫލެވެ، ކާވެނި ޞައްޙަވުމުގެ އުޞޫލެއް ނޫނެވެ؛ ކާވެނި ޞައްޙަވުން ބިނާވަނީ 9 ވަނަ މާއްދާގެ ރުކުންތައް ފުރިހަމަވުމާއި 13 ވަނަ މާއްދާއާ ޚިލާފުނުވުމަށެވެ؛ ގަވާއިދުގެ 32 (ނ) އާއި 33 ގައިވާ ވަލީވެރިޔާގެ ރުހުމަކީ ރަޖިސްޓްރީކުރުމުގެ ޝަރުޠެއްކަމުން އެ ރުހުން ނެތުމަކީ 9 ވަނަ މާއްދާއާ އެއްގޮތަށް ކުރި ކާވެނި 13 ވަނަ މާއްދާގެ ދަށުން ބާޠިލުކުރެވޭނެ ސަބަބެއް ނޫނެވެ؛ އަދި ޙާކިމުގެ ވަލީ ލިބިފައި އޮތުމަކީ ވަލީވެރިޔާގެ ރުހުން އޮތުންކަމަށް ބަލަންޖެހޭނެއެވެ (މާނަކުރުމުގެ ހަމަތަކުގެ ޤާނޫނުގެ 6، 17).
HN9 ރާއްޖެއިން ބޭރުގައިކުރާ ކާވެނި ރަޖިސްޓްރީކުރުމަށް ހުށަހަޅާ ފޯމުތަކާމެދު ދެ ފަރާތާމެދު ތަފާތު ދެގޮތަކަށް ޢަމަލުކުރުމަކީ (އެކަކުގެ ފޯމު ބާޠިލުކޮށް ކާވެންޏާމެދު ގޮތެއް ނުނިންމައި އިތުރު ކާވެންޏަކަށް ހުއްދަދީ، އަނެކަކުގެ ފޯމު އެ ކާވެންޏާމެދު ގޮތެއް ނިމެންދެން މަޑުޖެއްސުން) ޤާނޫނުއަސާސީގެ 20 ވަނަ މާއްދާގައިވާ ހަމަހަމަކަމުގެ ޙައްޤާ ޚިލާފެވެ؛ އަދި އެފަދަ ފޯމެއް ބާޠިލުކުރުމާއެކު ކާވެންޏާމެދު ޝަރީޢަތުން ގޮތެއް ކަނޑައެޅުމަށް ހުށަހެޅުމަކީ ހަރުދަނާ ގޮތެވެ.
HN10 ދަށުކޯޓު އިހުމާލުވެފައިވާކަމަށް ނުވަތަ ހެކި ބަލާފައިނުވާކަމަށް ބުނާ ފަރާތުން އެއީ ކޮން ޤާނޫނީ ނުކުތާއަކާ ގުޅޭ ކޮން ހެއްކެއްކަން ސާފުކޮށް ޤާނޫނީ ބަހުސް އުފައްދަން ޖެހޭނެއެވެ؛ އެކަށީގެންވާ ބަހުސެއް ނެތްނަމަ އެ ސުވާލާމެދު ކޯޓުން ގޮތެއް ކަނޑައަޅަން ނުޖެހޭނެއެވެ.
HN11 ކޯޓުތަކުގެ ޤާނޫނުގެ 32 ވަނަ މާއްދާއާއި ހައިކޯޓުގެ ގަވާއިދުގެ 44 ވަނަ މާއްދާއިން ހައިކޯޓުން މައްސަލަ ބަލަނީ ދަށުކޯޓަށް ހުށަހެޅި ހެކިތަކާއި ދިފާޢު އަސާސްކޮށްގެންކަމުން، ދަށުކޯޓުގެ ޤަޟިއްޔާގެ މައުޟޫޢުން ބޭރުގެ ކަމެއް (ދަރިފުޅު ރަޖިސްޓްރީކުރުން) އިސްތިއުނާފުގެ ތެރެއިން ނިންމޭކަށް ނެތެވެ.
ވަކީލުންނާއި ފަނޑިޔާރުން
- ވަކީލުން
- —
- ބެންޗު
- ދީބާނާޒް ފަހުމީ، ޙުސައިން މަޒީދު، ފާޠިމަތު ފަރްހީޒާ
- ރިޔާސަތު
- —
- ރައުޔު ލިޔުނު ފަނޑިޔާރު
- ޙުސައިން މަޒީދު · ތާއީދުކުރެއްވީ: ފާޠިމަތު ފަރްހީޒާ
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
ފަނޑިޔާރު ދީބާނާޒް ފަހުމީގެ ރައުޔު
ތަޢާރަފު
1މި މައްސަލައަކީ، ފެމިލީ ކޯޓުގެ ނަންބަރު 1433/Fm-C/2024 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށްއެދި، xxxxxx، xxxxxx، އާދަމް xxxxx (މީގެފަހުން "އިސްތިއުނާފުކުރާ ފަރާތް" ނުވަތަ "އާދަމް"ކަމަށް ބުނެފައިވާ) ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބަލައިފައިވާ ޤަޟިއްޔާއެކެވެ. މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ، xxxxxxx، xxxxxxx، އާމިނަތު xxxxx (މީގެފަހުން "އިސްތިއުނާފ ރައްދުވު ފަރާތް" ނުވަތަ "އާމިނަތު"ކަމަށް ބުނެފައިވާ) އެވެ.
ފެމިލީ ކޯޓުން މައްސަލަ ނިންމިގޮތް
2އިސްތިއުނާފުކުރާ ފަރާތުން ހުށަހެޅި ކަންކަމުގެ މައްޗަށް ބިނާކޮށް، ފެމިލީ ކޯޓުން ނިންމާފައިވާގޮތް ތިރީގައ "ދެންފަހެ، xxxxxxxxxxxx އާދަމް xxxxxx (xxxxxxxxxxxxxxx) އާއި xxxxxxxxxxxxxxxxxxx އާމިނަތު xxxxxxx )xxxxxxxxxxxxxxxxx) އާ ދމީހުނެ 2023 ނޮވެންބަރު 01 ވަނަ ދުވަހު ސްރީލަންކާގައި ކޮށްފައިވާ ކައިވެންޏާމދެ ގޮތެއު ކަނޑައަޅައް ދިނުމަށް އެދި އާދަމް xxxxxx ހުށަހަޅާފައިވާ މި ޤަޟިއްޔާގައި ފާހަގަކުރެވުނު ނުކުތާތައް އެގޮތަށް ޝަރީޢަތަށް ފާހަގަވާން ހުރުމުން، ޤާނޫނު ނަންބަރު 4/2000 (ޢާއިލާއާބެހޭ ޤާނޫނު)ގެ 9 ވަނަ މާއްދާއާއި 13 ވަނަ މާއްދާއާއި ޢާއިލާއާބެހޭ ގަވާއިދުގެ 32 ވަނަ މާއްދާއާއި އެ ގަވާއިދުގެ 33 ވަނަ މާއްދާއަށް ޙަވާލާދީ، އާދަމް xxxxxxx އާއި އާމިނަތު xxxxxxxއާ ދެމީހުން 2023 ނޮވެންބަރު 01 ވަނަ ދުވަހު ސްރީލަންކާގައި ކޮށްފައިވާ ކާވެންޏަކ ޝަރުޢީ އުސޫލުތަކާއި، ދިވެހިރާއްޖޭގައި އަމަލުކުރެވެމުންދ ޤާނޫނާ ހަމަތަކަށް ބަލާއިރު ޞައޙް ކައިވެންޏެއް ނޫންކަމަށް ކަނޑައަޅައި، މިގޮތުގެ މަތިން ޙުކުމްކޮށް މި ޤަޟިއްޔާ ނިންމީއެވެ." ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު xxxxxxA. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު xxxxxxA.
އިސްތިއުނާފު ނުކުތާތައް
3ފެމިލީ ކޯޓުން މައްސަލަ ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށްބުނެ، އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައި ވަނަ 8 (އަށެއް) ނުކުތާއެވެ. އިސްތިއުނާފު ފޯމުގައިވާ ނުކުތާތަކާއި، އެ ނުކުތާތަކުގެ ތަފުޞީލުގައި ބަޔާންކޮށްފައިވާ ކަންކަމާއި، ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ މައިގަނޑު ވާހަކަތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.
4އިނޞާފް ލަސްވުމަކީ އިނޞާފް ނުލިބުންކަމަށް ދެކޭއިރު، މައްސަލަ ނިމުނުގޮތުގެ ޚުލާޞއިން ސާފުވާނެ ފަދައިން، 01 ނޮވެމްބަރ 2023 ދުވަހުކުރި ކާވެނި ރަޖިސްޓްރީ ކުރުމުގެ މަރުޙަލާ، އެތަކެއް މަސްތަކަށް ލަސްވުމާއި، ފެމިލީ ކޯޓުގެ ކާވެނި ރަޖިސްޓްރާރ ކަންކޮށްފައިވާގޮތާއި، އަދި ރަޖިސްޓރް ރ ގެ ނިންމުންތަކުގެ ސަބަބުން، ކަންކަން އޮޅުންބޮޅުންވެ ދެންކަންތައް ކުރަންވީގޮތް ސާފުނުވުމުން، 01 ނޮވެމްބަރ 2023 ދުވަހު ސރީލަންކާގައިކުރި ކ ވެނި ރަޖިސްޓާ ރީ ކުރުން ފެމިލީ ކޯޓުގެ ރަޖިސްޓަ ރ ރ ގެ އިހުމާލުން ލަސްވުން.
1.4. އިސްތިއުނާފު ރައްދުވާ ފަރާތުން xxxxxxxx، xxxxxx، އިބްރާހީމް xxxxx (މީގެފަހުން "އިބްރާހީމް"ކަމަށް ބުނެފައިވާ)އާއެކު، ސްރީލަންކާގައި ކުރިކާވެނި ރަޖިސްޓަރީ ކުރުމަށް ތަކުރާރުކޮށް އެދުމުންވެސް އެކަންނުކޮށް، އިސްތިއުނާފު ރައްދުވާ ފަރާތް ކޯޓުން ބޭރުގައި ވަރިކުރުމަށްފަހު، 1 (އެކެއް) އަހަރު ފަހުން، އެ ކާވެނި ރަޖސްޓަރި ކުރުމަށް އިބްރާހީމް ހުށަހަޅާފައިވަނީ އިސްތިއުނާފު ރައްދުވާ ފަރާތުގެ ކިބައިން ބަދަލުހިފުމުގެ ގޮތުންކަމަށެވެ. އަދި އެ މައްސަލަ ފެމިލީ ކޯޓަށް ހުށަހަޅާފައިވަނީ އިސްތިއުނާފު ރައްދުވާ ފަރާތަށް އެންގުމެއްނެތި ކަމަށާއި، އެ މައްސަލައާ ގުޅިގެން އިސްތިއުނާފު ރައްދުވާ ފަރާތަށް ފެމިލީ ކޯޓުން ސޮއިކުރަން ފޮނުވީ ބަޔާނެއްކަމަށާއި، ބަޔާނުގައި ސޮއިނުކޮށް، ކަންހިނގާފައިވާގޮތއާ ކޯޓުން ބޭރުގައި އިސްތިއުނާފު ރައްދުވާ ފަރާތް ވަރިކޮށްފައިވާކަން ސިޓީއަކުން ކޯޓަށް އެންގުމުން، ކޯޓުން ދީފައިވާ ޖަވާބަކީ، ފޯމު ބާޠިލުކަމަށެވެ. ދެންކަންކުރަންވީގޮތެއ ކޯޓުން އިސްތިއުނާފު ރައްދުވާ ފަރާތަށް އަންގާފައި ނުވާކަމަށާއި، އެ ކާވެނި ރަޖިސްޓަރީ ކުރަންޖެހޭކަމެއް ނުވަތަ ނޫންކަމެއްވެސް ބުނެދީފައި ނުވާކަމަށެވެ.
2.4. އިބްރާހީމް ހުށަހެޅި ފޯމު ކެންސަލް ކޮށްފައިވާކަމަށް 2023 ވަނަ އަހަރުގެ މެދުތެރޭގައި ކަނޑައެޅިފަހުން، 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެތެރޭގައި އިބްރާހީމް އެހެން ކާވެންޏެއް ކުރިކަމަށެވެ. އިބްރާހީމް ކާވެނިކުރިއިރު ފެމިލީ ކޯޓުން ކުރިން ކެންސަލްކުރި ފޯމުގެ މައްސަލަ ކޯޓުގައި ގޮތްކަނޑަނޭޅި އޮތްކަން ނުވަތަ އެކަމަށް ގޮތެއްނިންމަން ޖެހޭނެކަން ފެމިލީ ކޯޓުން އިސްތިއުނާފު ރައްދުވާ ފަރާތަށް އޭރއަނު ގާފައް ނުވާކަމަށެވެ.
3.4. އިބްރާހީމް އެހެން މީހަކާ ކާވެނިކުރިފަހުން، އިސްތިއުނާފުކުރާ ފަރާތުން، 01 ނޮވެމްބަރ 2023 ދުވަހު އިސްތިއުނާފު ރައްދުވާ ފަރާތާ ސްރީލަންކާގައި ކާވެނިކުރުމަށްފަހު، ލަސްނުކޮށް ކާވެނި ރަޖިސްޓަރީ ކުރުމަށް ހުށަހެޅިކަމަށެވެ. އިބްރާހީމް ކާވެނި ރަޖިސްޓަރީކުރަން ހުށަހަޅާފައިވަނީ 1 (އެކެއް) އަހަރު ދުވަސް ފަހުންކަމަށާއި، އިސްތިއުނާފުކުރާ ފަރާތުން ރަޖިސްޓަރީ ކުރުމަށް އަވަހަށް ހުށަހަޅާފައިވުމުން، ދެ ޙާލަތު ތަފާތުކަމަށާއި، މި ދެ ޙާލަތުގެ ތަފާތަށާ ކޯޓުން ރިޢާޔަތް ކުރައްވާފައި ނުވާކަމަށެވެ.
4.4. އިސްތިއުނާފުކުރާ ފަރާތުން ކާވެނި ރަޖިސްޓަރީ ކުރުމަށް ހުށަހެޅުމުން، ކާވެނީގެ ރަޖިސްޓްރާރ އެ މައްސަލަ ބޭއްވިކަމަށެވެ. އަދި އެތަކެއް ދުވަސްކޮށްފައި އެންގީ، އިސްތިއުނާފުކުރާ ފަރާތއާ އިސްތިއުނާފު ރައްދުވާ ފަރާތުގެ ކާވެނި ރަޖިސްޓަރީ ކުރެވޭނީ، ކުރިން ކެންސަލްވިކަމަށް ބުނާފޯމުން ހުށަހެޅި، އިބްރާހީމްއާއެކ އިސްތިއުނާފު ރައްދުވު ފަރާތުން ސްރީލަންކާގައި ކުރިކާވެނޏަށް ގޮތެއް ނިންމުމަށްފަހުކަމަށެވެ. މައްސަލަ އުފެދިގެންއައީ އެހިސާބުންކަމަށެވެ.
5.4. އިސްތިއުނާފުކުރާ ފަރާތާއި އިސްތިއުނާފު ރައްދުވާ ފަރާތަށް ދެންޖެހުނ މައްސަލީ ޝަރީޢަތަށް ހުށަހަޅަންކަމަށެވެ. އިސްތިއުނާފުކުރާ ފަރާތުން ފެމިލީ ކޯޓުގައި ރަޖިސްޓަރީ ކުރުމަށް ހުށަހެޅި ކާވެންޏާމެދު ގޮތެއްނިމުނީ ދެމީހުންނަށް ދަރިއަކުވެސް ލިބުނުފަހުންކަމަށެވެ.
5ޙުކުމުގެ ނުކުތާ 2 ގައި ބަޔާން ކޮށްފައިވާ، އިސްތިއުނާފު ރައްދުވާ ފަރާތުގެ ބައްޕައަކީ، ކޯޓުގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ އޭނާގެ ދަރިއެއްކަން ގަބޫލު ނުކުރާކަމަށް ބުނެފައިވާ ފަރާތަކަށްވެފައި، ކުރިންކުރި 2 (ދޭއް) ކައިވެނީގައިވެސް ވަލީދިނުމަށް އިންކާރު ކޮށްފައިވާ ފަރާތެއްކަން އެނގޭއިރު، އިސްތިއުނާފު ރައްދުވާ ފަރާތަށް ކާވެނި ކުރެވެންއޮތީ ހަމައެކަނި ޙާކިމުގެ ވަލީއަށްކަން ސާބިތުވާއިރު، އެކަމަށް ޙުކުމުގައި ރިޢާޔަތް ކޮށްފައި ނެތުން. ކާވެނި ކޮށްދިނުމާބެހޭ ގަވާއިދުގެ 32 ވަނަ މާއްދާގައި ބުނާ ހުރިހާ ޝރަޠއް ފުރިހަމެ ނުވާކަމަށް ކަނޑައަ ޅފައިވަނީ ގޯސްކާ ށ.
1.5. އިސްތިއުނާފު ރައްދުވާ ފަރާތުން ކުރިންކުރި 2 (ދޭއް) ކާވެނީގެ ވަލީހޯދުމަށް ކޯޓަށް ހުށަހެޅުމުން، އެކަން ނިމުމަށް 3 (ތިނެއް) މަސްދުވަސް ހޭދަވެފައިވާކަމާއި، އެކަމުގެ ސަބަބުން އިސްތިއުނާފު ރައްދުވާ ފަރާތުގެ މަންމައާއި އިސްތިއުނާފު ރައްދުވާ ފަރާތަށް އެތަކެއް އުނދަގޫތަކާ ކުރިމަތިލާންޖހެ ނަފުސާނީ މައްސަލަތައް ދިމާވާކަމަށް ޝަރީޢަތުގައި ހާމަކޮށްފައިވާކަމަށެވެ. އަދި ވަލީ ނުދޭނެކަމަށާއި ދަރިއެއްކަމަށް އެއްބަސްނުވާ ބަފައެއްގެ ކިބައިން ވަލީހޯދުމަށް މަނާކުރާކަމެއް ނެތްކަމަށް ޙުކުމުގައި ބުނެފައިވަނީ ގޯހުންކަމަށެވެ.
6ޙުކުމުގެ ނުކުތާ 2 އާޙވާލާދަ، 01 ނޮވެމްބަރ 2023 ދުވަހު، ސރީލަންކާގައް ކާވެނި ކޮށްފައިވަނީ ޙާކިމުގެ ވަލީއަށް ކަމަށްވުމު އާ، 02 ނޮވެމްބަރ 2023 ދުވަހު ސްރީލަންކާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއަށް، އެ ކާވެނި ކުރިކަންއަނގައް އެމްބަސީން ހޯދާފައިވާ ލިޔުމުން، އެ ކާވެނި ކޮށްފައިވަނީ ދިވެހިރާއްޖޭގެ އެމްބަސީގައި ރަޖިސްޓަރީ ކޮށްފައިވާ، އިސްލާމީ ޝރަ ޢީތާ އެއްގޮތަށް ކާވެނި ކޮށްދިނުމުގެ ހުއްދައޮންނަ ފަރާތަކުންކަން ސާބިތުވާއިރު، އެކަމަށް ރޢާޔަތި ކުރުމެއ ނެތް، އިސްލާމީ ޝަރީޢަތާ އެއްގޮތަށް ކޮށްފައިވާ ކާވެންޏެއް، ޞައްޙަނޫންކަމަށް ނިންމި ނިންމުން ގޯސްވުން.
1.6. އިސްތިއުނާފުކުރާ ފަރާތާއި އިސްތިއުނާފު ރައްދުވާ ފަރާތުގެ ކާވެންޏަކީ، ދިވެހި 2 (ދޭއް) ހެކިވެރިންތިބެ، ގަވާއިދު ނަންބަރު 99-2022/RR "ޢާއިލާއާބެހޭ ގަވާއިދު"ގެ 32 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހުރިހާ ޝަރުޠެއް ފުރިހަމަވެފައިވާ ކާވެންޏެއްކަމަށާއި، ޝަރުޠު ފުރިހަމަނުވަނީ ވަލީވެރިޔާގެ ވަލީނެތުމުންކަމަށް ބުނެފައިވާއިރު، ވަލީވެރިޔާއަކީ، އިސްތިއުނާފު ރައްދުވާ ފަރާތަކީ އޭނާގެ ދަރިއެއްކަމަށް ގަބޫލުނުކުރާ މީހެއްކަން އެނގޭއިރު، އެކަމަށް ރިޢާޔަތްކޮށް ބާރުދީފައި ނުވާކަމަށެވެ.
7ޙުކުމުގެ ނުކުތާ 4.2 ގައި، އިސްތިއުނާފު ރައްދުވާ ފަރާތް، އިސްތިއުނާފުކުރާ ފަރާތާ ކާވެނި ކުރުމުގެކުރިން، އިބްރާހީމއް އެކާ ސްރީލަންކާގައި ކުރިކާވެނި ޞައްޙަ ނޫންކަމަށް ކޯޓުން ނިންމި ނިންމުމުގައި، އިސްތިއުނާފު ރައްދުވާ ފަރާތުން ފާހަގަކުރި ކަންކަމަށް ރިޢާޔަތް ކޮށްފައިނެތުމާއި، ހަމައެކަނި ވަލީ ނުހޯދިކަނ އެކަން ފާހަގަކުރުން ގޯސްވުން.
1.7. އިސްތިއުނާފު ރައްދުވާ ފަރާތުގެ ބައްޕަގެ ފަރާތުން ވަލީހޯދުމަށ މަސައްކަތް ކުރިކަމަށާއި، އިސްތިއުނާފު ރައްދުވާ ފަރާތުން ކާވެނި ރަޖިސްޓަރީ ކުރުމަށް އިބްރާހީމްގެ ކިބައިން ތަކުރާރުކޮށް އެދިފައިވާއިރު އެކަންކޮށްފައި ނުވާކަމަށާއި، 14 މެއި 2023 ދުވަހު އިސްތިއުނާފު ރައްދުވާ ފަރާތް ވަރިކޮށްފައި ވާކަމަށާއި، އެ ކާވެނީގެ ހެކިވެރިންނަކީ ކޮންބައެއްކަންވެސް ނޭނގޭކަމަށެވެ. އަދި އިބްރާހީމް އެގޮތަށް ކަންކޮށްފައިވަނީ ބަދަލުހިފުމުގެ ގޮތުންކަމަށެވެ. މި ދެ މައްސަލަ ތަފާތުކަމަށެވެ. މީގެފަހުން "ޢާއިލާއާބެހޭ ގަވާއިދު"ކަމަށް ބުނެފައިވާ.
8ޙުކުމުގެ 5.2 ވަނަ ނުކުތާގައި، ފާހަގަކޮށްފައިވާ ޤާނޫނު ނަންބަރު 4/2000 (އާއިލާއާބެހޭ ޤާނޫނު)ގެ 13 ވަނަ މާއްދާގައި، ކާވެނި ޞައްޙަވުމުގައި، އިސްލާމީ ޝރަޢތުގައަ ފުރިހަމަވާންޖެހޭ ޝަރުޠުތައް ފުރިހަމަ ނުވާ ކޮންމެ ކާވެންޏެއް ބާޠިލުވާނެކަމަށް ބުނެފައިވާއިރު، އެ ޝަރުޠުތައް ޤާނޫނުގައި ބަޔާންކޮށްފައި ނުވާކަމާއި، 01 ނޮވެމްބަރ 2023 ދުވަހު އިސްތިއުނާފުކުރާ ފަރާތާއި އިސްތިއުނާފު ރައްދުވާ ފަރާތުންކުރި ކާވެނި، އިސްލާމީ ޝަރީޢަތާ ޚިލާފުވެފައިވަނީ ވަލީވެރިޔާގެ ވަލީ ނެތުމުންކަމަށް ނިންމާފައިވާއިރު، އެ ކާވެނީގެ ވަލީވެރިޔާ، އިސްތިއުނާފު ރައްދުވާ ފަރާތުގެ ބައްޕަގެ ބަހުން، އެ ކާވެނީގެ ވަލީއަކީ އޭނާއާ ބެހޭކަމެއްނޫންކަމަށް ބުނާއިރު، ހޯދާފައިވާ ޙާކިމުގެ ވަލީއަށް ބާރުދީފައި ނުވުން.
9ޙުކުމުގެ 5.3 ވަނަ ނުކުތާގައި، އިސްތިއުނާފު ރައްދުވާ ފަރާތުގެ ވަލީވެރިޔާ ނުވަތަ ބައްޕަގެ ގޮތުގައި އައި.ޑީކާޑުގައި ނަންއޮންނަ ފަރާތަކީ ކުރިންވެސް ވަލީދިނުމަށް އިންކާރު ކޮށްފައިވާ، އަދި އިސްތިއުނާފު ރައްދުވާ ފަރާތަކީ ދަރިއެއްކަމަށްވެސް ގަބޫލު ނުކުރާކަމަށް ޝރަޢތުގައި ބުނެފައިވަ މީހެއްކަން އެނގޭއިރު، އިސްތިއުނާފު ރައްދުވާ ފަރާތުގެ ވަލީއަކު ޙާކިމުގެ ވަލީކަން ސާފުކޮށް އެނގޭއިރު، އަދި ދިވެހި ސަރުކާރުގެ އިދާރާއެއްކަމަށްވާ ސްރީލަންކާގެ އެމްބަސް ގައި، ކާވެނި ކޮށްދިނުމުގެ ހުއްދައޮންނަ ފަރާތަކުން، ޙާކިމގު ވަލީދީ، ކާވެނި ކޮށްދީފައި ވަނިކޮން، އަދި އިސްލާމީ ޝަރީޢތަ ގައިބުނު ކާވެނީގެ ހުރިހާ ޝަރުޠެއް ހަމަވާއިރު، އެކަމަށް ރިޢާޔަތް ކޮށްފައިނުވުން، ކާވެނި ކޮށްދިނުމާބެހޭ ގަވާއިދުގާ 32 މާއްދާއާ ޚިލާފުވުން.
10ޙުކުމުގެ 5.4 ވަނަ ނުކުތާގައި، ފާހަގަކުރާ ކާވެނި ރަޖިސޓް ރީ ކޮށްދޭނަ ޢއިލާއާބެހާ ވގަ އާދުގެ 19 ވަނަ މާއްދާގެ (ހ)ގައިބުނާ، ރާއްޖެއިން ބޭރުގައިކުރާ ކާވެނި ރަޖިސްޓރަ ކުރަންވާނެކަމަށާއި، އަދި އެ ކާވެނި ރަޖިސްޓރަ ކޮށްދޭނީ ޢާއިލާއާބެހޭ ގަވާއިދުގެ 32 ވަނަ މާއްދާގައިބުނާ ޝަރުޠުތައް ހަމަވެގެންކަމަށް ބުނާއިރު، އެ ޝަރުޠުތަކުގެ ތެރެއިން ވަލީވެރިޔާގެ ރުހުން ހޯދަން ވާނެކަމަށް ފާހަގަކޮށްފައިވާއިރު، މީގެފަހުން "އާއިލާއާބެހޭ ޤާނޫނު"ކަމަށް ބުނެފައިވާ. ވަލީވެރިޔާ ވަލީދޭނ އިންކާރުކޮށް އަދި ދަރިއެއްކަމަށް އެއްބަސްނުވާއިރު، ދެން އެ ކާވެނި ކުރެވޭނީ ޙކާމގު ވަލީއަށް ކަމަށްވާއިރު، ޙާ ކިމގު ވަލީ ހޯދާފައިވާކަން ސާފކޮށު ފެންނަންއޮތް އިރުވެސް، އެކަމަށް ރިޢާޔަތް ނުކުރުން، އެ ގަވާއިދުގާ 32 ވަނަ މާއްދާއާ ޚިލާފުވުން. އަދި އެ ގަވާއިދުގެ 33 ވަނަ މާއްދާގައި، ރާއްޖެއިން ބޭރުގައިކުރާ ކާވެނި ރަޖިސްޓަރީ ކޮށްދެވޭނެ ރުހުން ހޯދާފައި ނުވާނަމަ، އެކަން ކޯޓުން ކުރުމަށްފަހުގައި ކަމަށްބުނާއިރު، އިސްތިއުނާފު ރައްދުވާ ފަރާތުން ކުރިންކުރި 2 (ދޭއް) ކާވެނިވެސް ކޮށްފައިވަނީ ޙާކިމުގެ ވަލީއަށް ކަމަށްވުމުން، މި ކާވެނގައިވެސީ ޢާއިލާއާބެހޭ ކޯޓަށް އެކަންކޮށްދެވެން އޮތްއިރު، އެކަމަށް ރ ޢާޔަތނުކޮށް ކާވެނި ބާޠިލުކަމަށް ނިންމުން.
1.10. އިސްތިއުނާފު ރައްދުވާ ފަރާތުން ޙާކިމުގެވަލީ ހޯދުމަށް ޝަރުޢީ ނިޒާމުގެ ތެރެއިން މަސައްކަތް ކޮށްފައި ނުވާކަމަށް ބުނެފައިވާއިރު، އިސްތިއުނާފު ރައްދުވާ ފަރާތުން ކުރިންކުރި 2 (ދޭއް) ކާވެންޏަށް ވަލީހޯދުމުގައި އެތަކެއް މައްސަލައަކާއި ފުރައްސާރައާ ކުރިމަތިލާން ޖެހިފައިވާކަމަށެވެ. ޢާއިލީ މައްސަލަތަކަކީ ކުޑަރަށެއްގައި ދިރިއުޅޭ އއިލާއަކަށާ ކިހާވަރެއްގެ އަނިޔާއެއްކަން ހާމަކޮށްފައިވާކަމަށެވެ. އިސްތިއުނާފު ރައްދުވާ ފަރާތަކީ ބަފާނެތ ދަރިއެއްކަމަށް ގޮވުމާއި، އޭނާގެ މަންމައަށް ރަށުގައި ކުރިމަތިވާ ފުރައްސާރައިގެ އަނިޔާތަކުގެ ސަބަބުން، ސްރީލަންކާގައި ކާވެނިކުރުމަށް ދެފަރާތުގެ އާއިލާއިން ނިންމާފައިވާއިރު، އެކަމަށް ރިޢާޔަތްކޮށްފައި ނުވާކަމަށެވެ.
11ޙުކުމުގެ 6 ވަނަ ނުކުތާގައި ފާހަގަކުރާ ނަންބަރު 831/Fm-C/2024 ޤަޟިއްޔާގެ ޙުކުމުގައި، އިސްތިއުނާފު ރައްދުވާ ފަރާތް، އިބްރާހީމއާއެކު ކުރްކާވެނި ބާޠިލުވެފައިވަނީ ވަލީނެތި ކުރުމުންކަމަށް ކޯޓުން ކަނޑައަޅާފައިވާކަމާއި، އިސްތިއުނާފު ރައްދުވާ ފަރާތަށް ދެވަނަ ކާވެނިވެސ ބާޠިލުވާނެކަން އެނގޭކަމަށާއި، އޭގެނަތީޖާ އެނގިހުރެ، ދެވަނަ ކާވެނި ކޮށްފައިވާކަމަށް ޙުކުމުގއަ ބުނެފައިވާއިރު، ނަންބަރު -831/Fm C/2024 ޤަޟިއްޔާއިން ބެލިމައްސަލަ ނިންމާފައިވަނީ 01 ނޮވެމްބަރ 2023 ދުވަހު، އިސްތިއުނާފުކުރާ ފަރާތާއެކު ކުރިކާވެނި ރަޖިސްޓްރީ ކުރުމށަ 05 މާރޗް 2024 ދުވަހު ހުށަހެޅުމުން، އޭގެފަހުންކަމާއި، އަދި މިހުރިހާ އޮޅުން ބޮޅުންތަކެއް އުފެދިފައިވަނީ ދެންކަންކަން ކުރަންވީގޮތެއް ސާފުނުވާނެ ޖަވާބުތަކެއް ފެމިލީ ކޯޓުގެ ކާވެނި ރަޖިސްޓްރާރ ދީފައިވުމުންކަން.
1.11. އިސްތިއުނާފުކުރާ ފަރާތާއި އިސްތިއުނާފު ރައްދުވާ ފަރތުނާ 01 ނޮވެމްބަރ 2023 ދުވަހު ކޮށްފައިވާ ކާވެންޏަށް ދަރިއަކު ލިބިފައިވާކަމަށާއި، އެ ދަރިފުޅަށް އެއްވެސް ލިޔެކިޔުމެއް ހެދިފައިނުވަނީ މި މައްސަލަ ލަސްވެ، ކާވެނި ރަޖިސްޓަރީ ކުރެވިފައި ނެތުމުންކަމަށެވެ. މިކާވެނި ރަޖިސްޓަރީ ނުކުރެވޭނަމަ، ދަރިފުޅުގެ ޙައްޤުތައް ގެއްލޭނެކަން އެނގޭއިރު، އަދި އިސްލާމީ ޝަރީޢަތުގައި ދަރިންގެ ނަސްލު ރައްކާތެރިކުރުމަށް ބާރުއަޅާއިރު، އެކަންކަމަށް ރިޢާޔަތް ކޮށްފައިނުވާކަމަށެވެ.
12އިސްތިއުނާފުކުރާ ފަރާތުން ހުށަހެޅި ފޯމުގައި، ދަށުކޯޓުގެ ޙުކުމަށް ޙަވާލާދީފައިވާ ކަންކަމާ ގުޅގޮތުނޭ ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ފާހަގަކޮށްފައިވާ އިތުރު ކަންކަން ތިރީގައި ބަޔާންކޮށްފައި
1.12. މައްސަލައިގެ ޙުކުމުގައި، އިސްތިއުނާފުކުރާ ފަރާތާއި އިސްތިއުނާފު ރައްދުވާ ފަރާތުން ވަލީހޯދުމަށް ނުވަތަ ރުހުން ހޯދުމަށް މަސައްކަތް ނުކުރާކަމަށް ބުނެފައިވާއިރު، އިސްތިއުނާފު ރައްދުވާ ފަރާތުގެ އައި.ޑީކާޑުގައި ބައްޕަގެ ގޮތުގައި އޮންނަ ފަރާތުގެގާތަށް ދެ މީހުން އިސްތިއުނާފުކުރާ ފަރާތުން ފޮނުވުމުން، ވަރަށް ނޫންގޮތަކަށް، ތިމަންނާއާބެހޭ ކަމެއްނޫންކަމަށްބުނެ އޭނާ ދިޔަކަމަށެވެ. އެހިސާބުން ވަލީނުލިބޭނެކަން އެނގުނުކަމަށެވެ. ކުރިންކުރި ކާވެންޏަށްވެސް ވަލީދީފައިނުވާކަން އެނގޭއިރުވެސް މީހުންފޮނުވީ މި މައްސަލަ ނުކުންނާނެކަން އެނގޭތީކަމަށެވެ. އެއަށްފަހު، ސްރީލަންކާގައި ކާވެނިކުރިކަމަށެވެ. މި މައްސަލައާ ޚިލާފަށް، އިބްރާހީމްއާއި އިސްތިއުނާފު ރައްދުވާ ފަރާތާއެކުކުރ ކާވެނީގައި މިފަދަ އެއްވެސްކަމެއް ހިނގާފައި ނުވާކަމަށެވެ.
2.12. އިސްލާމީ ޝަރީޢަތުގައި ޙާކިމުގެ ވަލީ ދޭންޖެހޭނީ ދިވެހިރާއްޖޭގެ ކޯޓަކުންކަމަށ ނުވަތް ބޭރުގެ ކޯޓަކުންކަން ކަނޑައަޅާފައި ނުވާކަމަށެވެ. މާނައަކީ، އިސްލާމީ ޝަރީޢަތާ އެއްގޮތަށް ކާވެނިކޮށްދިނުމުގެ ހުއްދައޮންނަ ކޮންމެފަރާތަކަށްވެސް، އެ ޙާލަތު އޮތްނަމަ ޙާކިމުގެ ވަލީއަށް ކާވެނި ކޮށްދެވޭނެކަމަށެވެ. އިސްތިއުނާފު ރައްދުވާ ފަރާތަކީ އެ ޙާލަތުއޮތް ފަރާތެއްކަމަށެވެ.
3.12. އިސްތިއުނާފު ރައްދުވާ ފަރާތުން ވަލީވެރިޔާގެ ނުރުހުމުގައި ކާވެނި ކޮށްފައިވާކަމަށް ފެމިލީ ކޯޓުން ކަނޑައަޅާފައިވާއިރު، އެހެން ބަޔާންކޮށްފައިވަނީ ގސޯކޮށްކަމަށެވެ. ވަލީވެރިޔާ ނުރުހެނީ ނޫންކަމަށެވެ. ވަލީވެރިޔާގެ ބަހަކީ އިސްތިއުނާފު ރައްދުވާ ފަރާތަކީ އޭނާގެ ދަރިއެއް ނޫންކަމަށާއި އެހެންވީމާ އޭނާއާބެހޭކަމެއް ނޫންކަމަށެވެ.
4.12. މި މައްސަލައާ ގުޅިގެން ފެމިލީ ކޯޓުގެ ރަޖިސްޓްރާރ ދެގޮތަށް ކަންކޮށްފައިވާކަން ވަރަށްބޮޑަށް އެނގޭކަމަށެވެ. އިބްރާހީމް ދެވަނަ ކާވެނިކުރަން ދިޔުމުން، ކެންސަލްކުރި ފޯމަށް ގޮތެއްނުނިންމާ އޭނާއަށް ދެވަނަ ކާވެނި ކުރެވުނުކަމަށެވެ. ނަމަވެސް، އިބްރާހީމްގެ ކާވެނިކުރިފަހުން، އިސްތިއުނާފުކުރާ ފަރާތުން އިސްތިއުނާފު ރައްދުވާ ފަރާތާއެކު ކާވެނިކޮށް، އެ ކާވެނި ރަޖިސްޓަރީ ކުރުމަށް ހުށެހެޅުމުން އިސްތިއުނާފުކުރާ ފަރާތަށް އެންގީ، އިބްރާހީމްއާއި އިސްތިއުނާފު ރައްދުވާ ފަރާތު ގެ ކާވެންޏާމެދު ގޮތެއް ނިންމުމަށްފަހުމެނުވީ، އިސްތިއުނާފުކުރާ ފަރާތުގެ ކާވެނި ރަޖިސްޓަރީ ނުކުރެވޭނެކަމަށެވެ. އަދި އިބްރާހީމްއާއި އިސްތިއުނާފު ރައްދުވާ ފަރާތުގެ ކާވެނި ޞައްޙަނޫންކަމަށް ފަހުން ޙުކުމްކޮށްފައި ވާކަމަށެވެ.
5.12. ކާވެނިކުރަން ސްރީލަންކާއަށް ދިޔުމުގެކުރިން، ކޯޓުން ހުއްދަ ހޯދަންޖެހޭކަމަށް ބުނާބުނުމަށް ބަލާއިރު، އެފަދަ ހުއްދައެއް ކޯޓުން ހޯދަންޖެހޭކަނ މީގެކުރިން އެނގިފައި ނެތްކަމަށެވެ. އަދި ޢާއިލާއާބެހޭ ގަވާއިދުގައި ހުއްދަނުހޯދާ ރާއްޖެއިން ބޭރުގައިކުރާ ކާވެނި ރަޖިސްޓަރީ ކޮށްދެވޭނީ ކޯޓުން ކަނޑައަޅާ ޝަރުޠުތައް ފުރިހަމަވެފައިވޭތޯ ބެލުމަށްފަހުކަމަށް ބަޔާންކޮށްފައި ވާކަމަށެވެ. އޭގެތެރެއިން ރުހުން ނުވަތަ ވަލީއޮތުމަށް ބަލާއިރު، ވަލީވެރިޔާއަކީ އެއްވެސް އިރެއްގައި ވަލީދީފައިވާ މީހެއްނޫންކަމަށާއި، އިސްތިއުނާފު ރައްދުވާ ފަރާތަކީ ދަރިއެއްކަމަށްވެސް ގަބޫލުނުކުރާ މީހެއްކަމަށެވެ. މި މައްސަލައިގައިވާ ކާވެނީގައި މަދުވާއެއްޗަކީ ހަމައެކަނި ބައްޕަގެ ވަލީކަމަށެވެ. ބައްޕަގެ ވަލީ ހޯދޭނެ އިތުރުގޮތެއް ނެތްކަމަށެވެ. އޭގެބަދަލުގައި ހޯދެންއޮތް ވަލީއަކީ ޙާކިމުގެ ވަލީކަމަށެވެ.
6.12. މި މައްސަލައިގައި ޙާކިމުގެ ވަލީއަށް ކާވެނިކޮށދްފައިވަނީ، ސްރީލަންކާގައި ކާވެނިކުރުމުގެ ހުއްދަ އޮންނަ ފަރާތެއްކަމަށާއި، ދިވެހި އެމްބަސީއަށް މި ޙާލަތުކިޔައިދީ މަޢުލޫމާތު ސާފުކޮށް ފޯމު ފުރުމަށްފަހު ކަމަށެވެ.
13އިސްތިއުނާފު ރައްދުވާ ފަރާތުން ދެއްކި ވާހަކައާގުޅިގެން އިސްތިއުނާފުކުރާ ފަރާތުން ވާހަކަދެއްކުމަށް ދެވުނު ފުރުޞަތުގައި ދައްކާފައިވާ ވާހަކަތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.
1.13. އިސްތިއުނާފުކުރާ ފަރާތާއި އިސްތިއުނާފު ރައްދުވާ ފަރާތުގެ ކާވެންޏަށްފަހު ދަރިއަކު ލިބިފައިވާކަމަށެވެ. މުއްދަތަށްބަލައި، ކާވެނީގެ ފަހުން ލިބިފައިވާ ދަރިއެއްކަން އެނގޭކަމަށެވެ.
2.13. މި މައްސަލައިގައި އިސްތިއުނާފުކުރާ ފަރާތާއި އިސްތިއުނާފު ރައްދުވާ ފަރާތުގެ މައްސަލައެއް ނެތްކަމަށެވެ. ހަމައެކަނި މައްސަލައަކީ ފެމިލީ ކޯޓުގެ ރަޖިސްޓްރާރ ކާވެނި ރަޖިސްޓަރީ ކުރުމަށް އިންކާރުކުރުން ކަމަށެވެ. ޢުޒުރަކަށ ދައްކަން ބައްޕަގެ ވަލީނެތުމެވެ. ކުރިން ބަޔާންކުރި ސަބަބުތަކަށްޓަކައި، ބައްޕަގެ ވަލީ ހޯދޭނެގޮތެއް ނެތްކަމަށާއި، ހޯދެންއޮތީ ޙާކިމުގެ ވަލީކަމަށެވެ. އެކަންކަމަށް ރިޢާޔަތްނުކޮށް، އިސްތިއުނާފުކުރާ ފަރާތާއި އިސްތިއުނާފު ރައްދުވާ ފަރާތުން ޤާނޫނު އަތްމައްޗަށް ނެގީކަމަށް ބުނެފައިވާއިރު، ޤާނޫނާ ޚިލާފަށް ކަންކޮށްފައި ނުވާކަމަށެވެ. ޤާނޫނާ އެއްގޮތަށް ކުރެވެންހުރި ހުރިހާކަމެއް ކުރިކަމަށެވެ. ބައްޕަ ގާތަށްފޮނުވި ހެކިންގެ ބަހެއް ދަށުކޯޓުން ހޯދާފައި ނުވާކަމަށާއި، ހަމައެކަނި ބައްޕަގެބަހަށް ބަލާފައިވާކަމަށެވެ.
3.13. އިބްރާހީމްއާއި އިސްތިއުނާފު ރައްދުވާ ފަރާތުގެ ކާވެންޏެއް އޮތްކަމަށްވާނަމަ، އިސްތިއުނާފު ރައްދުވާ ފަރާތަކީ އިބްރާހީމްގެ ދެވަނަ އަނބިކަމަށް ވާނެކަމަށެވެ.
4.13. މި މައްސަލައިގައިވާ ކާވެންޏަކީ ވަގަށް ނުވަތަ ސިއްރުންކުރި ކާވެންޏެއް ނޫންކަމަށެވެ. ދެ އާއިލާގެ އެއްވެސް މައްސަލައެއް ނެތްކަމަށެވެ. އެހެންކަމުން، މި ކާވެނި ރަޖިސްޓަރީކޮށްދީ މި ދެމީހުންނަށް ލިބިފައިވާ ދަރިފުޅަކީ ހަލާލު ދަރިއެއްކަމަށް ނިންމައި، ކުއްޖާގެ ބައްޕައަކީ އިސްތިއުނާފުކުރާ ފަރާތްކަމަށް ނިންމައިދިނުމަށް އެދޭކަމަށެވެ.
14އިސްތިއުނާފުކުރާ ފަރާތާ ޝަރީޢަތުންކުރި ސުވާލުތަކާ ގުޅިގެން ދައްކާފައިވާ ވާހަކަތައް ތިރީގައި
1.14. ޙާކިމުގެ ވަލީއަށް ކާވެނިކުރުމަށް ސްރީލަންކާގައި ފޯމުހުށަހެޅިކަނ އެނގެން ކިހިނެއްތޯ ޝަރީޢަތުން ސުވާލުކުރުމުން، ސްރީލަންކާއިން ކާވެނިކޮށްދިން ފަރާތުން، މާލޭގައި މި ދެމީހުން ތިއްބާ ފުރަތަމަ ފޯމު ފޮނުވިކަމަށާއި، ޙާލަތު ކިޔައިދިނުމަށް އެދުމުން ކަންވެފައިވާގޮތް ކިޔައިދިންކަމަށާއި، ފޯމު ފުރާފައި ފޮނުވިކަމަށް ޖަވާބުދީފައިވެއެވެ.
2.14. މި މައްސަލައިގައި ކާވެނިކުރަން ސްރީލަންކާއަށް ދާންޖެހުނީ ކީއްވެގެންތޯ ސުވާލުކުރުމުން، ކުރިންވެސް ދެންނެވިހެން ކުރިންކުރި ކާވެންޏ ގުޅިގެނާ އިސްތިއުނާފު ރައްދުވާ ފަރާތގު މައިންބަފައިންގެ މައްސަލައަކީ ރަށުގައި މަޝްހޫރު މައްސަލައެއްކަމަށާއި، އިސްތިއުނާފު ރައްދުވާ ފަރާތަކީ ޒިއްމާދާރު ވަޒީފާއެއްގައިއުޅޭ މީހެއްކަމަށާއި، ވަޒީފާ އަދާކުރާތަނ ހުންނަން ކޯޓު ކުރިމަތީގައި ކަމަށާއި، މި މައްސަލަ ކުރިމަތިވާ ކޮންމެފަހަރަކު އެތަކެއްފަހަރު ކޯޓަށް ގެންދާކަމަށާއި، ވަޒީފާ އަދާކުރާ ތަނުގެ މީހުންނަށް އެކަންއެނގ ވާހަކަދައްކައި ފރައްސާރައު ކުރިމަތިލާން ޖެހޭކަމަށް ބުނެފައިވެއެވެ. އަދި އިސްތިއުނާފު ރައްދުވާ ފަރާތަކީ ނަހަލާލު ކުއްޖެއްކަމަށާއި، ވަލީނުލިބިގެނ އުޅޭކަމަށް ކިޔާކަމަށާއި، އިންސާނެއް ވެއްޖިއްޔާ ލަދެއްވެސް ހުންނާނެކަމަށާއި، މިކަންކަން ކުރިމަތިވުމުން ނަފުސާނ މައްސަލީ ދިމާވާކަމަށާއި، އިސްތިއުނާފު ރައްދުވާ ފަރާތުން ރޭވެސް ނުނިދާކަމަށާއި، ދަރިފުޅަށްވެސ ލިޔެކިޔުން ހެއްދިފައި ނުވާކަމަށާއި، މި ހުރިހާކަމެއް ކުރިމަތިވަމުންދާތީ، xxxxx ކޯޓަށް މައްސަލަ ލައިފިއްޔާ އެތަކެއްދުވަސް ދާނެކަމަށާއި، ފުރަތަމަ އަނެއްކާވެސް ބަލނާ ދަރިއެއްތޯ ނުވަތަ ނޫންތޯ ކަމަށާއި، ވަލީއާ ހަމައަށް ދެވޭނީ އެއަށްފަހުކަމަށާއި، ރާއްޖެއިން ބޭރަށްދިޔައީ ރަށުގައި ކުރިމަތިވާ ފުރައްސާރައާއި ލަދުގަތުން ތަހައްމަލު ކުރަން ބޭނުންނުވާތީކަމަށް ޖަވާބުދީފައިވެއެވެ.
3.14. ދެމީހުންނަކީ ދިވެހި ރައްޔިތުން ކަމަށްވާއިރު، އެހެން ގައުމެއްގެ ޙާކިމުގެ ވަލީއަށް ކާވެނިކުރުމަކާ ދީނީގޮތުން ޞައްޙަމަގެއްތޯ ސުވާލުކުރުމުން، ދީނީ ޢިލްމުވެރިންނ މަޝްވަރާ ކޮށްފައިވާކަމަށާއި، މި ޙާލަތުގައި ޙާކިމުގެ ވަލީއަށް ކާވެނި ކުރެވޭނެކަމަށް ގަބޫލުކުރާކަމަށާއި، ރާއްޖެއިން ޙާކިމުގެ ވަލީ ހޯދާފައިނުވަނީ ކީއްވެތޯއާއި ރާއްޖޭގެ ކޯޓެއްގައި ކާވެނިކޮށްފައި ނުވަނީ ކީއްވެގެންތޯ ބަލާއިރު، ދިމާވާ މައްސަލަތައް ކުރިންވެސް ބުނެފައިވާ ކަމަށާއި، އަންހެނަކު އޭނާ މައްސައްކަތްކުރާ ތަނުގެ ކުރިމަތީގައިހުރ ކޯޓަށި ޙާޟިރުވާން ޖެހުމުން ކުރިމަތިވާ ލަދާއި ފުރައްސާރަ ތަހައްމަލު ކުރަންޖެހުމުން މެނުވީ އެހެންމީހަކަށް ނޭނގޭނެކަމަށާއި، ބައްޕަނެތް ކުއްޖެކޭ ބުނުމުން އިންސާނަކަށް ވާނެގތް، އިންސާނަކަށް އިހުސާސްކުރެވޭނީ އ ހާލަތު ދިމާވުމުން ކަމަށާއި، އޭގެކުރިން ނޭނގޭނެކަމަށް ބުނެފައިވެއެވެ. "އެއުޅެނ މީހަކީ ނީނދެވިގެނ"، "ވަލީ ބަފާނުދީގެނޭ"، "ބަފައެއްނެތ"، މި ފުރައްސާރަތައް ރަށްރަށުގައި އަންނަކަމަށާއި، އިސްތިއުނާފު ރައްދުވާ ފަރާތުން އެކަން ތަހައްމަލު ކުރަންޖެހިފައި ވާކަމަށެވެ. އެހެންކަމުން، ހައްޓަށް ލުއިވެފައި ނަފުސާނީގޮތުނ ގެއްލުން ލިބުން ކުޑަވާނީ ސްރީލަންކާއަށްގޮސް ކާވެނި ކުރުމުންކަމަށް ގަބޫލު ކުރެވޭކަމަށެވެ. އިސްލާމީ ޝަރީޢަތުގައި ޙާކިމުގެވަލ ހޯދަންޖެހޭނީ އެމީހަކުއުޅޭ ގައުމަކުންކަމަށް ކަނޑައަޅާފައި ނުވާކަމަށާއި، މި ކާވެންޏަކ އިސްލާމީ ޝަރީޢަތާ އެއްގޮތަށް ކޮށްފައިވާ ކާވެންޏެއްކަމަށ ދެކޭކަމަށް ބުނެފައިވެއެވެ.
4.14. ފުރައްސާރައާ ކުރިމަތިލާންޖެހުމުގެ ސަބަބު އޮވެދާނެކަމަށްޓަކައި އެހެން ގައުމަކަށް ކާވެނިކުރަން ދާންޖެހޭކަމަށ ކޯޓުން ގަބޫލުކުރަންވެއްޖެ ކަމަށްވާނަމަ، ނުރަނގަޅު ދޮރެއް ނުހުޅުވޭނެތޯ ސުވާލުކުރުމުން، ރާއްޖޭގައި ގިނަފަހަރަށް ޙާކިމުގެ ވަލީ ހޯދުމަށްދާ ފަރާތްތަކަކީ ދަރިއެއްކަމަށް ބައްޕަ ގަބޫލުނުކުރާ މައްސަލތައަ ނޫންކަމަށާއި، އާއިލާގެ މެދުގައި ޖެހިފައިވާ މައްސަލައެއްގެ ސަބަބުން ނުވަތަ އިންނަންއުޅޭ މީހަކާ ނުގަބޫލުވުމުން ބައްޕަ ވަލީދޭން އިންކާރު ކުރުންކަމަށާއި، ބައްޕަ ނޫންކަމަށްބުނެގެން ވަލީ ހޯދަންދަނީ މަދުފަހަރަކު ކަމަށާއި، އިސްތިއުނާފު ރައްދުވާ ފަރާތުން ވަލީހޯދަން މަސައްކަތްކުރުމުން ދިމާވެފައިވާ ކަންކަން ދިމާވެފައި ނެތިދާނެކަމަށެވެ. މި ޙާލަތަކީ އިސްތިއުނާފު ރައްދުވާ ފަރާތަށް ދިމާވެފައިވާ އަދި ތަޖުރިބާ ކޮށްފައިވާ ކަންކަން ކަމަށާއި، ދިމާވެދާނެތ ދިޔައީ ނޫންކަމަށާއި، ދިމާވެފައިވާތީ ދިޔައީކަމަށް ބުނެފައިވެއެވެ.
5.14. ކާވެނިކުރުމާއި ރަޖިސްޓަރީ ކުރުމަށް ހުށަހެޅި ތާރީޚުތައް ޝަރީޢަތަށް ސާފުކޮށްދިނުމަށް އެދުމުން، މި މައްސަލައިގައިވާ ކާވެނި ކޮށްފައިވަނީ 01 ނޮވެމްބަރ 2023 ދުވަހު ކަމަށާއި، ލިޔުންތައް ހަމަކޮށް ދެމަހެއްހައި ދުވަސްތެރޭ ރަޖިސްޓަރީ ކުރުމަށް ހުށަހެޅިކަމަށާއި، ލިޔުންތަކެއް މަދުކަމަށް ކޯޓުން އެންގުމުން އިތުރު ލިޔުންތައް ހުށަހެޅިކަމަށާއި، މައްސަލަ އަވަސްކޮށްދިނުމަށް އެދިފައިވާކަމަށް ބުނެފައިވެއެވެ. ރަޖިސްޓްރާރ ޗުއްޓީގައި ހުރިކަމަށް ބުނުމުން މާލޭގެ ފެމިލީ ކޯޓަށް ދިޔަކަމަށާއި، ބައްދަލު ކުރެވުނީ ރަޖިސްޓްރާރގެ މަސްއޫލިއްޔަތާ ޙަވާލުވެހުރި އެހެން ފަރާތަކާ ކަމަށާއި، ރަޖިސްޓަރީ ކުރެވޭނެކަމަށާއި، ހަމައެކަނި އޮތްއިޝޫއަކީ ޙާކިމުގެ ވަލީގެ މައްސަލަ ކަމަށާއި، ރަށުކޯޓަށ ގުޅައިގެން ނިންމައިދޭނެކަމަށް ބުނިކަމަށެވެ. އެއަށްފަހު ޖަވާބެއް ނުލިބި ދުވަސްތަކެއް ހޭދަވުމަށްފަހު، ފޯނުންގުޅައ ކޯޓަށި ދިޔުމަށް އެންގުމުން ރަޖިސްޓްރާރއާ ބައްދަލުވި ކަމަށާއި، މައްސަލަ ޝަރީޢަތަށް ހުށަހަޅަންޖެހޭކަމަށް އެންގިކަމަށް ބުނެފައިވެއެވެ. އޭރު 6 (ހައެއް) ނުވަތަ 7 (ހަތެއް) މަސްވެފައިވާކަމަށާއި، އޭރު އިސްތިއުނާފު ރައްދުވާ ފަރާތުން ވިހަންވެގެން މާލެއައިސް ހުރިކަމަށެވެ. މި މައްސަލައިގައިވާ ކާވެނި ރަޖިސްޓރަ ކުރުމުގެކުރިން އެންމެ ފުރަތަމަ ޖެހުނީ އިބްރާހީމްއާއި އިސްތިއުނާފު ރައްދުވާ ފަރާތނު ކޮށްފައިވާ ކާވެންޏަށް ގޮތެއް ނިންމަންކަމަށެވެ. ކޯޓުންދިން މަޢުލޫމާތަކީ އެބައޮތޭ މައްސަލައެއް "ހޯލްޑް"ކޮށްފަ، އިބްރާހީމްއާއި އިސްތިއުނާފު ރައްދުވާ ފަރާތުން ކޮށްފައިވާ ކާވންޏާ ގުޅޭގޮތުން، ނަމަވެސް އިސްތިއުނާފުކުރާ ފަރާތަށް އެނގިފައިވާގޮތުން އަދި ޖަވާބުގައިވާ ގޮތުންވެސް އެއީ ކެންސަލް ކޮށްފައިވާ މައްސަލައެކެވެ. ކެންސަލް ކޮށްފައިވާ މައްސަލައެއް އަލުން ކުރިއަށްގެންދަން ޖެހުނުކަމަށެވެ. ކޯޓުން ނިންމީ އިބްރާހީމްއާ ކޮށްފައިވާ ކާވެނި ޞައްޙަނޫންކަމަށެވެ. އިބްރާހީމް އެއަށްފަހު އެހެން މީހަކާ އިނދެފައިވާކަމަށާއި، މި ދެމީހުންގެ ކާވެނި ޞައްޙަނޫންކަމަށް ކަނޑައަޅާފައިވުމުން، ދަރިފުޅުގެ އުފަންދުވަހުގެ ސެޓްފިކެޓު ހެއްދިފައި ނުވާކަމަށާއި، މިކަންކަމަށް ހައްލެއްލިބި، ދަރިފުޅަކީ މި ދެމީހުންގެ ދަރިއެއްކަމަށް ނިންމުމަށް އެދޭކަމަށް
6.14. އެހެން ގައުމެއްގައި ޙާކިމުގެ ވަލީއަށް ކާވެނި ކުރެވިދާނެކަމަށްދެކޭ ސަބަބު ސާފުކޮށްދިނުމަށް ޝަރީޢަތުން އެދުމުން، ޝަރުޢީ ހަމަތަކުގެމަތިން ކާވެނިކޮށްދިނުމުގެ ހުއްދައޮންނަ ފަރާތަކަށް ޙާކިމުގެވަލީ ދެވިދާނެކަމަށާއި، ރާއްޖޭގެ މީހެއް ނުވަތަ ރާއްޖެއިން ބޭރުގެ މީހަކަށްވުން މާނަނުކުރާކަމަށާއި، އިސްލާމީ ޝަރީޢަތުގައި ޙާކިމަކީ ދިވެއްސަކަށްވުނ ލާޒިމް ނޫންކަމަށް ދެކޭކަމަށް ބުނެފައިވެއެވެ.
7.14. މި މައްސަލައިގައި ދިމާވެފައިވާކަމަކީ، އިބްރާހީމްއާއި އިސްތިއުނާފު ރައްދުވާ ފަރާތުން ކާވެނި ކޮށްފައިވަނީ ވަލީނެތިކަމަށް ކަނޑައަޅާފައިވަނިކޮށް، ދެވަނަ ފަހަރަށްވެސް ވަލީއާނުލާ ކާވެނިކޮށްފައިވުން ކަމަށްވެފައި، މިގޮތަށް މެދުވެރިވި ސަބަބު ސާފުކޮށްދިނުމަށް ޝަރީޢަތުން އެދުމުން، އިބްރާހީމްއާއި އިސްތިއުނާފު ރައްދުވާ ފަރާތުގެ ކާވެނީގެ މައްސަލައާއި، މިހާރު އިސްތިއުނާފު ކޮށްފައިވާ މައްސަލައަކީ، މި ދެމީހުން ކާވެނިކުރިފަހުނ ކޯޓުން ބަލާފައިވާ ދެ މައްސަލަކަމަށް ޖަވާބު ދީފައިވެއެވެ.
8.14. ޙާ ކިމަކީ ގައުމުގެ ވެރޔިކަމަށްވާއިރު، ޙާކިމުގެ ވަލީއަށް ކާވެނިކޮށްދެނީ މައޒުނަށް ޙާކިމުގެ ފަރާތުން ވަލީގެބާރު ލިބިގެންތޯ ޝަރީޢަތުން ސުވާލުކުރުމުން، ޙާކިމުގެ ވަލީއަކީ ގައުމުގެ ވެރިއެއްގެގޮތުގައި ހުންނަ ފަރާތުން ސީދާ ބާރުލިބިގެންކަމަށް މާނަކުރެވޭކަމަށް ނުބެލެވޭނެކަމަށް ދެކޭކަމަށް ބުނެފައިވެއެވެ.
15އިސްތިއުނާފުކުރާ ފަރާތަށް ފަހުފުރުޞަތު އެރުވުމުން ފާހަގަކޮށްފައިވާ ކަންކަން ތިރީގައި ބަޔާންކޮށްފައި
1.15. މި މައްސަލައިގައި ކޮށްފައިވާ ކާވެންޏަކ އިސްލާމީ ޝަރީޢަތާ އެއްގޮތަށް ކޮށްފައިވާ ކާވެންޏެއްކަމަށ ދެކޭކަމަށް ބުނެފައިވެއެވެ. އިސްތިއުނާފު ރައްދުވާ ފަރާތާއި އިބްރާހީމްއާ ކޮށްފައިވާ ކާވެނި ރަޖިސްޓަރީ ކުރުމާ ގުޅިގެން ޙާކިމުގެ ވަލހޯދައި އެކަމާމެދީ ސުވާލު ކޮށްފައި ނުވާކަމަށާއި، އިސްތިއުނާފު ރައްދުވާ ފަރާތަށް އެންގީ ބަޔާނެއްގައި ސޮއިކުރުމަށްކަމަށާއި، އެ ބަޔާނުގައި ސޮއިކުރިނަމަ ކާވެނި ރަޖިސްޓަރީ ކުރެވުނީސްކަމަށާއި، ނަމަވެސް އެ ބަޔާނުގައި ސޮއިނުކޮށް ޝަކުވާކށް، ކަންހިނގިގޮތް ކިޔައިދިނުމުން ކޯޓުން ފޯމު ކެންސަލް ކުރކަމަށެވެ.
2.15. ނަމަވެސް، މި ދެމީހުންގެ ކާވެނި ރަޖިސްޓަރީ ކުރުމުގައި ފެމިލީ ކޯޓުން ޢަމަލުކޮށްފައިވަނީ ތަފާތު ގޮތަކަށްކަމަށެވެ. އެހެންބުނާ ސަބަބަކީ، މިދެމީހުންގެ ފޯމު އެތަކެއްދުވަހު ހިފަހައްޓާފައި ކޯޓުގައި ބޭއްވުމަށްފަހު، ދެންޖެއްސީ ކުރިން އިބްރާހީމް އއެކުކުރި ކާވެންޏާ ގުޅިގެނާ ކެންސަލްކޮށްފައިވާ ފޯމަށް ގޮތެއްނިންމުމަށް ކަމަށާއި، ޙކިމުގާ ވަލީ އޮތްތޯ ބެލުމަށްކަމަށެވެ. އިބްރާހީމް ކާވެނި ރަޖިސްޓަރީ ކުރުމަށް ފޯމު ހުށަހެޅުމުން ޙާކިމުގެ ވަލީ އޮތްތޯ ނުވަތަ ބައްޕަ ވަލީ ދީފައިއޮތްތޯ ބަލާކަށްވެސް ނޫޅޭކަމަށާއި، އުޅުނީ ކާވެނި ރަޖިސްޓަރީ ކޮށްދިނުމަށްކަމަށެވެ. ނަމަވެސް، މި ދެމީހުން ފޯމުލުމުން މަސައްކަތްކުރީ މުޅިންއެހެން ރޫޓަކުނ އެހެންގޮތަކަށް ކަމަށެވެ. އެހެންވީމަ، މިކަމުގައި ވަރަށްބޮޑު ތަފާތުތަކެއް ހުރިކަމަށް ދެކޭކަމަށެވެ. އަދި މިގޮތަށް ލަސްކޮށްފައިވާއިރު، މިހާރު ދަރިއަކު ލިބިފައިވާކަމަށާއި، ދަރިފުޅު ރަޖިސްޓަރީ ކުރެވިފައިނުވާކަމަށެވެ. އިސްތިއުނާފު ރައްދުވާ ފަރާތަށް ކުރިމަތިވި ފަދައިން ބައްޕަނެތ ކުއްޖެއްކަމަށް ކިޔަން ނޭދޭކަމަށާއި، މިއީ ޞައްޙަ ކާވެންޏެއްކަމަށ ކަނޑައަޅައިދިނުމަށް އެދޭކަމަށް ބުނެފައިވެއެވެ.
އިސްތިއުނާފުކުރާ ފަރާތުން އެދޭގޮތް
16އިސްތިއުނާފުކުރާ ފަރާތުން އެދިފައިވާގޮތް ތިރީގައި އެވަނީއެވެ. "1 ނޮވެމްބަރ 2023 ގައި ސްރީލަންކާގައި ކޮށްފައިވާ ކައިވެނޏްކީ ހާކިމާގެ ވަލީއަށް ކުރެވޭނެ ކައިވެންޏެއް ކަމަށާއި އިސްލާމީ ޝަރީޢަތާއި އެއްގޮތަށް ކޮށްފައިވާ ޞައްޙަ ކައިވެންޏެއްކަމަށ ޝަރީޢަތުން ކަނޑައަޅައިދިނުން" މަށެވެ.
އިސްތިއުނާފު ރައްދުވާފަރާތުން ދައްކާފައިވާ ވާހަކަ
17މި މައްސަލައާ ގުޅިގެން ބޭއްވުނު ޝަރީޢަތުގެ މަޖިލީހުގައި، އިސްތިއުނާފު ރައްދުވާ ފަރާތުން ދައްކާފައިވާ މައިގަނޑު ވާހަކަތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.
18މި މައްސަލަ ދަށުކޯޓުން ނިމުނުއިރު ދަރިއަކު ހުރިކަމަށް ބުނެފައިވާނެކަމަށާއި، ފެމެލީ ކޯޓުގެ އެންމެ މުހިއްމު އެއްކަމަކީ ނަސަބު ރައްކާތެރި ކުރުންކަމަށް ދެކޭކަމަށެވެ. މި މައްސަލަ ނިންމާފައިވަނީ ދަރިފުޅާމެދު ގޮތެއްނިންމުމަކާ ނުލައިކަމަށެވެ. ދަރިފުޅު ލިބިފައިވަނީ ކާވެންޏަށް 9 (ނުވައެއް) މަހާއި 1 (އެކެއް) ދުވަސް ފަހުންކަމަށެވެ.
192013 ގައި މީނާގެ ބައްޕައަށް އެއްފަހަރު ގުޅިކަމަށާއި، އެދުވަހުވެސްބުނީ ދުވަހެއްގައިވެސް ތިމަންނާގެ ވަލީހޯދައިގެން އިސްތިއުނާފު ރައްދުވާ ފަރާތުން ކާވެންޏެއް ނުކރުނެކަމަށެވެ. އިސްތިއުނާފު ރައްދުވާ ފަރާތަށް 30 (ތިރީސް) އަހަރު ވެފައިވާއިރު، ބައްޕައެއްގެގޮތުން އޭނާއާ ވާހަކަދައްކައި ފެނިފައިވެސް ނުވާކަމަށާއި، އެއްރަށެއްގައި އުޅުނުނަމަވެސ އެއްވެސް ގުޅުމެއް މިވީހާތަނުގައި ނެތްކަމަށާއި، ކާވެނިކުރަން ވަލީހޯދުން ފިޔަވައި އެއްވެސް ގުޅުމެއް މިވީހާތަނަށް ބައްޕައާއެކު ނެތްކަމަށެވެ. ކޮންމެ ފަހަރކަ ވެސު ޖަވާބަކީ، ވަލީދޭން ބޭނުންނުވަނީ ދަރިއަކަށް ނުވާތީކަމަށެވެ.
20ބައްޕަގެ ފަރާތުން ނަސަބު ނަފީކުރަން ހައިކޯޓުގައި އިސްތިއުނާފު ކޮށްފައި ނުވާކަމަށާއި، އިސްތިއުނާފު ރައްދުވާ ފަރާތުން ކާވެންޏާހަމައަށ ދިޔުމުން ދަރިއެއް ނޫންކަމަށްބުނާ ބަސްފިޔަވައި، ދަރިއެއް ނޫންކަން ނުވަތަ ދަރިއެއްކަންވެސ ސާބިތުކުރަން އިތުރު އެއްވެސްކަމެއް ބައްޕަ ކޮށްފައިނުވާކަމަށެވެ. މަންމަ ވަރިވުމުން، އެކަމުގެ ސަބަބުންއޮތް ހަސަދައެއްގެ ސަބަބުން ބައްޕަ ބުނާބަހެއްކަމަށެވެ.
21މަންމަ ވަރިވުމަށ މައްސަލް ހުށަހެޅީމަ، xxxxxxx ކޯޓަށް ބައްޕަ ދީފައިވާ ބަޔާނުގައި، ދަރިއަކު ހުރިކަމަށާއި މަންމަ ވަރިކުރަން ބޭނުންނުވާކަމަށާއި، ބައްޕައަށް އެވަގުތު ޚަރަދު ދެވެންނެތީ އަރުވާލާފައި ހުރުމުންކަމަށް ބުނެފައިވާކަމަށެވެ. އެކަން xxxxxx މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު xxxxxxxxx xxxxxxx ޤަޟިއްޔާއިން އެނގޭނެކަމަށެވެ.
22އިބްރާހީމްއާއެކ އިސްތިއުނާފު ރައްދުވު ފަރާތުންކުރި ކާވެން ޏ ގުޅިގެނާ ވަލީހޯދުމަށް އެދުމުން އިބްރާހީމް އެއްވެސްކަމެއް ކޮށްފައި ނުވާކަމަށާއި، ރަޖިސްޓަރީ ކުރުމަށް އެދުމުން އެކަންވެސް ކޮށްފައިނުވާކަމަށެވެ. އިބްރާހީމް ފޯމު ލާފައިވަނީ ކާވެނި ކުރިތާ 1 (އެކެއް) އަހަރާއި 4 (ހަތަރެއް) މަސްފަހުން، އަނގަބަހުން ވަރިކުރިތާވެސް 1 (އެކެއް) މަސްފަހުންކަމަށެވެ. އިބްރާހީމްއާއެކު ކުރިކާވެނި ރަޖިސްޓަރީކުރަން ލީވެސް ވަޒީފާއާ ގުޅުންހުރި މައްސަލައަކާހުރެ ކަމަށާއި، ދެމީހުން އެކުގައި ދިރިއުޅުމުގެ ބޭނުމަށް ލީފޯމެއް ނޫންކަމަށެވެ. ކަންވީގޮތް ކޯޓަށްދިން ބަޔާނުގައި ބުނެފައިވާނެކަމަށެވެ. އެއީ 21 ޖޫން 2024 ދުވަހު ކަމަށެވެ.
23އިސްތިއުނާފު ރައްދުވާ ފަރާތާ ޝަރީޢަތުންކުރި ސުވާލުތަކާ ގުޅިގެން ދައްކާފައިވާ ވާހަކަތައް ތިރީގައި
1.23. އިސްތިއުނާފު ރައްދުވާ ފަރާތާއި އިބްރާހީމްއާއެކު ކުރިކާވެންޏ ގުޅިގެނާ ވަރިކުރި ތާރީޚަކީ ކޮބައިތޯ ސުވާލުކުރުމުން، 14 މެއި 2023 ދުވަސްކަމަށް ބުނެފައިވެއެވެ.
2.23. އެކަން އެނގޭނެ ލިޔުމެއް އޮތްތޯ ޝަރީޢަތުން ސުވާލުކުރުމުން، އިބްރާހީމްއާއެކު ކުރިކާވެނި ރަޖިސްޓަރީ ކުރުމަށް ފެމިލީކޯޓަށް 15 ޖޫން 2023 ދުވަހު މައްސަލަ ހުށަހެޅުމުން، xxxxx ކޯޓަށް ޙާޟިރުކޮށް ނެގިބަޔާނުގައި އެވާހަކަ ބުނެފައިވާނެކަމަށާއި، އެއީ އިސްތިއުނާފުކުރާ ފަރާތާއި އިސްތިއުނާފު ރައްދުވާ ފަރާތުން ކާވެނި ކުރުމުގެ ކުރިންކަމަށް ބުނެފައިވެއެވެ.
3.23. ވަރިއާމެދު އިބްރާހީމްގެ ބަހެއް ލިބިފައިވޭތޯ ޝަރީޢަތުން ސުވާލުކުރުމުން، އިސްތިއުނާފު ރައްދުވާ ފަރާތަށް އެނގިފައިނުވާކަމަށް ބުނެފައިވެއެވެ. އަދި މި މައްސަލައިގައިވާ ކާވެނި ރަޖިސްޓަރީ ކުރުމަށް ހުށަހެޅުމުން، އިބްރާހީމްއާއެކު ކުރިކާވެނީގެ މައްސަލައިގައި، ވަރިކރު ޝަރުޠު ތަކަކާއެކުކަމަށ ބުނެފައިވް ހަނދާންވާކަމަށް ޖަވާބު ދީފައިވެއެވެ.
4.23. ވަރިކުރީ ކިހިނެއްތޯއާއި އެކަންއެނގޭނެ އެހެންގޮތެއް އޮތްތޯ ޝަރީޢަތުން ސުވާލުކުރުމުން، އެގޭނެގޮތެއް ނެތްކަމަށާއި، ވަރިކުރީ xxxxxxxxx ހޮސްޕިޓަލުގައި ހުއްޓާކަމަށް ޖަވާބު ދީފައިވެއެވެ.
5.23. އިބްރާހީމް އިތުރު ކާވެންޏެއ ކުރިކަން އެނގިފައިވޭތޯ ޝަރީޢަތުން ސުވާލުކުރުމުން، 26 އޮކްޓޯބަރ 2023 ދުވަހު ކާވެންޏެއ ކޮށްފައިވާކަމަށް ޖަވާބު ދީފައިވެއެވެ.
24އިސްތިއުނާފު ރައްދުވާ ފަރާތަށް ފަހުފުރުޞަތު އެރުވުމުން ފާހަގަކޮށްފައިވާ ކަންކަން ތިރީގައި ބަޔާންކޮށްފައި
1.24. ރާއްޖެއިން ބޭރުގައި ކާވެނި ކުރަންޖެހުނު ސަބަބުތަކާ ގުޅިގެން އިތުރުކަމެއް ފާހަގަކުރަން އޮތްކަމަށް ބުނެފައިވެއެވެ. އެގޮތުން، އެންމެ ފުރަތަމަ 2006 ގައި ކާވެނިކުރަން ފޯމުލީ xxxx ކޯ ޓަށް ޖޫންމަހުގައ ކަމުގައި ވީނަމަވެސް ކާވެނި ކުރެވުނީ ޑިސެމްބަރ 15 ގައި ކަމަށާއި، ދެވަނަ ކާވެނި ކރުމަށު 13 ޖަނަވަރީ 2013 ދުވަހު ފޯމު ހުށަހެޅުމުން، ކާވެނި ކުރެވުނީ 20 މާރޗް 2013 ދުވަހު ކަމަށާއި، ވަލީ ހޯދުމުގެ މަރުޙަލާ އެހައިގިނަދުވަހު ރަށުގައި ކުރިއަށް ގެންދަން ބޭނުންނުވާތީ ކަމަށެވެ. ފެމިލީ ކޯޓަށް ހުށަހަ ޅުމުނެ 15 (ފަނަރަ) ދުވަސްތެރޭ ވަލީ ލިބޭނެކަން އެނގިފައި ނުވާކަމަށާއި، މީގެކުރިން ކަންދިމާވެފައިވަނ އެހެނީ ނޫންކަމަށް އިސްތިއުނާފު ރައްދުވާ ފަރާތުން އެދޭގޮތް
25ވީއެންމެ އަވަހަކަށް މި މައްސަލައިގައި ގޮތެއް ނިންމައިދިނުމަށް އެދޭކަމަށް އިސްތިއުނާފު ރައްދުވާ ފަރާތުން ޝަރީޢަތުގެ މަޖިލީހުގައި ބުނެފައިވެއެވެ.
ޝަރީޢަތަށް ފާހަގަކުރެވުނު ކަންތައްތައް
26މި މައްސަލައިގެ ޚަޞްމުންގެ ފަރާތުން ހުށަހަޅާފައިވާ ލިޔުންތަކާއި ޝަރީޢަތުން ހޯދާފައިވާ ލިޔެކިޔުމުގެ މައްޗަށްބިނާކޮށް، މައްސަލައިގެ ވާގިއާތަކުގައި އޮޅުންއެރުން ކުޑަކުރުމުގެ ބޭނުމަށް، ކަންކަން ހިނގާފައިވާގޮތް އިތުރަށް ތަރުތީބުކޮށް ބަޔާންކުރުން މުހިއްމުކަމަށް ދެކެމެވެ. އެގޮތުން، މި މައްސަލައިގައި މިހައިތަނަށް ކަންހިނގާފައިވާގޮތް ތިރީގައި ބަޔާންކުރަމެވެ.
މައްސަލައިގައި ކަންހިނގާފައިވާގޮތް
27މި މައްސަލައިގެ އަސްލަށް ވާސިލުވާއިރު، މައްސަލައިގެ ފެށުމަކީ އިސްތިއުނާފު ރައްދުވާ ފަރާތުން ފުރަތަމަ ކާވެނި ކުރުމަށްއެދި ވަލީހޯދުމަށް މަސައްކަތްކުރި ހިސާބުކަމަށް ދެކެމެވެ. އިސްތިއުނާފު ރައްދުވާ ފަރާތުގެ ނަންބަރު 2005/30/xxxxxx ކާވެނީގެ ސެޓްފިކެޓަށް ބެލުމުން، އިސްތިއުނާފު ރައްދުވާ ފަރާތުން ފުރަތަމަ ކާވެނިކޮށްފައިވަނީ 14 ޑިސެމްބަރ 2005 ދުވަހުކަމާއި، އެ ކާވެނި ކޮށްފައިވަނީ ޙާކިމުގެ ވަލީއަށްކަން އެނގެއެވެ. މި މައްސަލައިގެ ޚަޞްމުންގެ ހުށަހެޅުމަކީ އިސްތިއުނާފު ރައްދުވާ ފަރާތުގެ ނަސަބު ނަފީކުރާކަން އެނގިފައިވަނީ މިހައިހިސާބުނި ކަމެވެ.
28xxxxxxxxxxxxxxxxx އޮފީހުން އޮކްޓޯބަރ 2005 ގައި ތަޙުޤީޤު ކުރުމަށްފަހު، ނަސަބު ސާބިތުކުރުމުގެ މައްސަލައެއް، xxxxxxxxxxxxxxގެ ނަންބަރު 2005/xxxxxxxx47/ ޤަޟިއްޔާއިން ބަލާފައިވެއެވެ. އެ ޤަޟިއްޔާގެ ނިންމުމުގައިވާ މުހިއްމު ކަންކަން ތިރީގައި ބަޔާންކޮށްފައި
1.28. އެ މައްސަލައަކީ، ދައުލަތުގެ އެޓަރނީ ޖެނެރަލްގެ ފަރާތުން xxxxxx، xxxx، xxxx xxxx (މީގެފަހުން "އާމިނަތުގެ ބައްޕަ"ކަމަށް ބުނެފައިވާ)އާއި، xxxxxx×××xx، xxxxxxxxxxxx، xxxx xxxx (މީގެފަހުން "އާމިނަތުގެ މަންމަ"ކަމަށް ބުނެފައިވާ)އާ ދެމީހުން، 03 އޮގަސްޓު 1985 ދުވަހު ކާވެނި ކޮށްގެންތިބެ، 21 ނޮވެމްބަރ 1986 ދުވަހު ވިހޭދަރިފުޅުގެ ނަސަބު ނަފީކޮށްފައިވާތީ، އާމިނަތގެ މަންމު އާއަ އާމިނަތުގެ ބައްޕަގެ މައްޗަށް ދަޢުވާކުރާ މައްސަލައެކެވެ.
2.28. އާމިނަތުގެ ބައްޕަ ވަރީގެ ސެޓްފިކެޓް ގަބޫލު ނުކުރާކަމަށް ބުނުމުން، އިސްތިއުނާފު ރައްދުވާ ފަރާތުގެ މައިންބަފައިންގެ ވަރި ސާބިތުކުރުމަށާއި، ޚަރަދު ހޯދުމަށް ހުށަހެޅި މައްސަލައާއި، ވަރިވުމަށްއެދ ހުށަހެޅި މައްސަލައި ގުޅިގެން އާމިނަތުގެ ބައްޕަގެ ބަޔާންތައް 08 ފެބްރުއަރީ 2006 ދުވަހު ކޯޓުން ހޯދާފައިވެއެވެ. އެގޮތުން، xxxxކޯޓުން ފޮނުއްވި ބަޔާނުގައި، އާމިނަތގު ބައްޕަ އަރުވާލިއިރު އަންހެނުން ބަލިވެއިނުމާއެކު، އަންހެނުންގެ ޚަރަދާއި ދަރިފުޅުގެ ޚަރަދު ދިނުމަށް އޭނާގެ މަންމަ ގާތުގައި ބުނިކަމަށާއި، ޚަރަދު ނުލިބޭކަމަށްބުނެ ވަރިވުމަށް އެދުނު ނަމަވެސް، އާމިނަތުގެ މަންމަ ވަރިކުރުމަށް ބޭނުންނުވާކަމަށާއި، ދަރިއަކު އޮތުމާއެކު، ދެމީހުން ޞުލްޙަވުމަށް އެދޭކަމަށް އާމިނަތު ގެ ބައްޕަގެ ބަޔާނުގައި ބުނެފައިވާކަމަށެވެ.
3.28. ބުނެވިދިޔަ ގޮތުގެމަތިން ވަރިނުކުރުމުގެ މައްޗަށް ބަޔާންދީފައިވަނީ، އިސްތިއުނާފު ރައްދުވާ ފަރާތް ވިހޭތާ 2 (ދޭއް) މަސްދުވަސް ފަހުން، ދަރިފުޅަށް ޚަރަދު ނުކުރާކަމަށްބުނެ ހުށަހެޅުނު މައްސަލައިގައިކަމަށެވެ.
4.28. އެއަށްފަހު، ދަރިފުޅަށް ޚަރަދުނުކުރާތީ ވަރިވުމަށްއެދ ހުށަހެޅި މައްސަލައިގައި، އިސްތިއުނާފު ރައްދުވާ ފަރާތަކީ ދަރިއެއް ނޫންކަމަށާއި، އާމިނަތުގެ މަންމަ ވަރިކޮށްފައި ވާކަމަށްބުނެ ބަޔާން ދީފައިވެއެވެ.
5.28. އަމިނަތުގެ މަންމަ ވިހެއީ، މައިންބަފައިންގެ ކާވެންޏަށް 1 (އެކެއް) އަހަރާއި 4 (ހަތަރެއް) މަހާއި 3 (ތިނެއް) ދުވަސް ފަހުންކަމަށެވެ. xxxxxxxxކޯޓްގެ ނަންބަރު 10/87 ވަރީގެ ސެޓްފިކެޓުގައި، އެ ދެމީހުންގެ 1 (އެކެއް) ކުއްޖަކު ހުރިކަމަށް ލިޔެފައިވާކަމަށެވެ.
6.28. އިސްތިއުނާފު ރައްދުވާ ފަރާތުގެ ނަސަބު ނަފީކުރުމުގެ މައްސަލައެއް ސަރުކާރުގެ އެއްވެސް ފަރާތަކަށް، އާމިނަތު ގެ ބައްޕަގެ ފަރާތުން އެހައިތަނަށް ހުށަހަޅާފައި ނުވާކަމަށް ޚުދުއޭނާ ޝަރީޢަތުގެ މަޖިލީހުގައި ބުނެފައިވާކަމަށެވެ. އަދި ދެމީހުންގެ ބަހުން ކާވެނީގެ މުއްދަތުގައި، އެއްދާންކޮށް، އެކުގައި އުޅެފައިވާކަން އެނގޭކަމަށެވެ.
7.28. މައްސަލައިގެ އެންމެހައި ކަންކަމަށް ރިޢާޔަތްކޮށް، އިސްތިއުނާފު ރައްދުވާ ފަރާތުގެ ނަސަބު ނަފީނުކުރެވޭނެ ކަމަށާއި، އާމިނަތުގ ބައްޕަގެ މައްޗަށް ނަސަބު ސާބިތުވާކަމަށް ކަނޑައަޅައި ޙުކުމް ކޮށްފައިވެއެވެ.
8.28. މި މައްސަލައިގެ ދަޢުވާ ހުށަހަޅާފައިވަނީ 11 ޑިސެމްބަރ 2005 ދުވަހުއެވެ. މައްސަލަ ނިންމާފައިވަނީ 30 އޮގަސްޓު 2006 ދުވަހުއެވެ.
29ބުނެވިދިޔަ ނިންމުމަށް ޖުމްލަކޮށް ބެލުމުން ފައުޅުވާ ޙަޤީޤަތަކީ، އާމިނަތުގ މަންމަގެ ފަރާތުން އާމިނަތުގެ ބައްޕަގެ މައްޗަށް ޚަރަދު ހޯދުމުގެ މައްސަލައެއް ހުށަހެޅުމުން ދަރިއަކުވެސް ހުރިކަމަށްބުނެފައި، އެއަށްފަހު އާމިނަތުގ މަންމަގެ ފަރާތުން ވަރިވުމަށްއެދ މައްސަލި ހުށަހަޅައި، ވަރީގެ ފޯމުގައި ދަރިއަކު ހުރިކަމަށް ބަޔާންކުރުމުން އެކަމާގުޅިގެން ދަރިފުޅު ނަސަބު ނަފީކުރުމަށް ޤާނޫނީ ނިޒާމުގެ ތެރެއިން އެއްވެސް މަސައްކަތެއް ކޮށްފައިނުވާކަމެވެ. އަދި ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓަކުން ނަސަބު ސާބިތުވާކަމަށް ކަނޑައެޅުމުން، އެ ނިންމުން އިސްތިއުނާފު ކޮށްފައި ނުވާކަމެވެ.
30އިސްތިއުނާފު ރައްދުވާ ފަރާތުން 2013 ވަނަ އަހަރު ކާވެންޏެއް ކޮށްފައިވެއެވެ. އެގޮތުން، ނަންބަރު 2013/10/xxxxxx ކާވެނީގެ ސެޓްފިކެޓަށް ބެލުމުން، އިސްތިއުނާފު ރައްދުވާ ފަރާތުން 20 މާރޗް 2013 ދުވަހު ކާވެނިކޮށްފައިވަނީ، ވަލީވެރިޔާ ވަލީދިނުމަށް އިންކާރުކުރާތީ، ޙކިމުގާ ވަލީއަށްކަން އެނގެއެވެ. މިއީ، އެހައިތަނަށް ޙާކިމުގެ ވަލީއަށް އާމިނަތުކުރި ދެވަނަ ކާވެންޏެވެ.
31އިސްތިއުނާފު ރައްދުވާ ފަރާތުން ޙާކިމުގެ ވަލީއަށްއެދި ދެފަހަރު ރަށުކޯޓަށް ހުށަހަޅާފައިވާކަމަށާއި، ފުރަތަމަ ހުށަހެޅީ 05 ޑިސެމްބަރ 2005 ދުވަހު ކަމަށާއި، މިނިސްޓްރީ އޮފް ޖަސްޓިހުން ޙާކިމުގެ ވަލީއަށް ކާވެނިކޮށްދިނުމަށް ނިންމައި، ވަލީ ހަމަޖެހިފައިވަނީ 12 ޑިސެމްބަރ 2005 ދުވަހުކަމަށާއި، ދެވަނަ ފަހަރު އެދުނީ 13 މާރޗް 2013 ދުވަހު ކަމަށާއި، ޙާކިމުގެ ވަލީއަށް ކާވެނިކޮށްދިނުމަށް ނިންމައި ވަލީ ހަމަޖެހިފައިވަނީ 14 މާރޗް 2013 ދުވަހުކަމަށާއި، ވަލީއަށްއެދ ހުށަހެޅި މައްސަލައެއް ގޮތްނުނިމި ނުވާކަމަށް ދިވެހިރާއްޖޭގެ ހައިކޯޓަށް މަޢުލޫމާތު ދީފައިވެއެވެ.
32އިސްތިއުނާފު ރައްދުވާ ފަރާތުން އިބްރާހީމްއާ ކާވެނިކޮށްފައި ވާކަމަށވަން 22 ފެބްރުއަރީ 2202 ދުވަހު ސްރީލަންކާގައެވެ. އެ ކާވެނި ކޮށްފައިވަނީ އިސްލާމީ ޝަރީޢަތާއެއްގޮތަށް ކާވެނި ކޮށްދިނުމުގެ ހުއްދަ އޮންނަ ފަރާތަކުންކަމަށް، ދިވެހިރާއްޖޭގެ ހައިކޮމިޝންގެ ނަންބަރ 27/CA/TW/2022/23 (23 ފެބްރުއަރީ 2022) "ކަމާބެހޭ ފަރާތްތަކަށް" ލިޔުމުން އެނގެއެވެ.
33ފެމިލީ ކޯޓުގެ ނަންބަރު D4/2023/573 "ކާވެނިފޯމްގެ ޖަވާބު" (09 އޮކްޓޯބަރ 2023) އަށް ބެލުމުން، އިބްރާހީމްއާއި އިސްތިއުނާފު ރައްދުވާ ފަރާތުން ރާއްޖެއިން ބޭރުގައި ކޮށްފައިވާ ކާވެނި ރަޖިސްޓަރީ ކުރުމަށްއެދި، އިބްރާހީމް ފޯމު ހުށަހަޅާފައިވަނީ 15 ޖޫން 2023 ދުވަހުކަން އެނގެއެވެ. އަދި ފެމިލީ ކޯޓުން 19 ޖޫން 2023 ތާރީޚުގައި ތައްޔާރުކޮށް ކޯޓުގެ ތައްގަނޑު ޖަހާފައިވާ ބަޔާނުގައިވަނީ ތިރީގައިވާ ގޮތަށެވެ. "އަޅުގަނޑުމެން ދެމީހުންނަކީ މުސްލިމުން ކަމަށްވާތީ، ދެމީހުން ކާވެނިކުރެވުނީ ސްރީލަންކާގެ މުސްލިމް ޖަމާޢަތެއް ކަމުގައިވާ ޖަސްޓިސް އޮފް ޕީސ ހޯލް އއިލަނަ ޑް ގ ފަރާތުން 2022 ފެބްރުއަރީ 22 ވަނަ ދުވަހުގެ 13:00 ގައި މުސްލިމުން ކާވެނިކުރާ ގޮތަށެވެ. މިކައިވެނީގެ ރަނަކީ 2202/22 (ދެހާސް ދުއިސައްތަ ދެ ރުފިޔާ ބާވީސް ލާރި) އެވެ. މިއީ، އަޅުގަނޑުމެން ދެމީހުންގެ އެއްވަނަ ކާވެންޏެވެ. މި ކާވެނީގެ ހެކިންނަކީ ސްރީލަންކާގެ ދެރައްޔިތުންކަމުގައިވާ ޢަބްދުލްކާދަރ މުޙައްމަދު ޖިފްރީ އާއި ޓުވާނ ހާރޫން އާބްދީންއާ ދެމީހުންނެވެ. ކާވެނިކޮށދެއްވް މައުލަވ އަލީ ހާފިޛު އަލް ޙާއްޖު އެސް.ޔޫ މުޙައްމަދު ޞާފިރު (މަނާރީ)އެވެ. މީނާއަކީ އިސްލާމީ ޝަރީޢަތާ އެއްގޮތަށް ކާއިވެނިކޮށްދިނުމުގެ ދިވެހިރާއް ޖޭގެ ހައިކޯޓުގެ ނަންބަރު xxxxxxxxxxxxxxxx (18 ފެބްރުއަރީ 2025) ސިޓީއިން xxxxxx މެޖިސްޓްރޭޓް ކޯޓުން މަޢުލޫމާތު ސާފުކޮށްދިނުމަށްއެދި ދެންނެވުމުން، xxxxxxxxxxxxxxxx މެޖިސްޓްރޭޓް ކޯޓްގެ ނަންބަރު xxxxxxxxxxxxxxxxxx (25 ފެބްރުއަރީ 2025) މެސެޖުން ދީފައިވާ ޖަވާބު. ދިވެހިރާއްޖޭގެ ހައިކޯޓުގައި 22 ޖަނަވަރީ 2025 ދުވަހުގެ ޝަރީޢަތުގެ އަޑުއެހުމުގައި ދައްކާފައިވާ ވާހަކަތަކާ ގުޅިގެން، އިސްތިއުނާފުކުރާ ފަރާތުން 23 ޖަނަވަރީ 2025 ދުވަހު ފޮނުވި ސިޓީތަކާއެކު ހިމަނާފައިވާ ލިޔުން. ހުއްދަ ސްރީލަންކާގެ ސަރުކާރުން ދީފައިވާ ފަރާތެއް ކަމަށް ކޮޅުނބުގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަން ލިޔުމެއް ދީފައިވެއެވެ. ވީމާ، މިކާވެނި ފެމިލީ ކޯޓުގައި ރަޖިސްޓަރީ ކޮށްދެއްވުން އެދެމެވެ. "
34ފެމިލީ ކޯޓުގެ ނަންބަރު D4/2023/573 "ކާވެނިފޯމްގެ ޖަވާބު" (09 އޮކްޓޯބަރ 2023) އަށް ބެލުމުން، އެ ކާވެނި ކޮށްފައިވަނީ ލިޔުމުން ނުވަތަ އަނގަބަހުން ވިޔަސް ވަލީ ހޯދުމެއްނެތިކަން، 21 ޖޫން 2023 ދުވަހު އާމިނަތުގ ބައްޕަގެ ބަޔާނުން އެނގޭތީ، ޢާއިލާއާބެހޭ ގަވާއިދގު 32 ވަނަ މާއްދާގެ (ނ)ގައިވާ ޝަރުޠު ފުރިހަމަނުވާތީ، ވަލީވެރިޔާގެ ރުހުންނެތި އިސްތިއުނާފު ރައްދުވާ ފަރާތުންވެސް ކާވެނި ރަޖިސްޓަރީ ކުރަން ބޭނުންނުވާތީ، އިބްރާހީމްއާއި އިސްތިއުނާފު ރައްދުވާ ފަރާތުގެ ކާވެނި މިހިނދަށް ރަޖިސްޓަރީ ކުރެވެން ނެތްކަމަށް އަންގައި، 15 ޖޫން 2023 ތާރީޚުގެ ކާވެނި ރަޖިސްޓަރީ ކުރުމަށް ހުށަހެޅި ފޯމު، 09 އޮކްޓޯބަރ 2023 ދުވަހު ކެންސަލް ކޮށްފައިވާކަން އެނގެއެވެ.
35ދިވެހިރާއްޖޭގެ ހައިކޯޓު ގެ ފަރާތުން ފެމިލީ ކޯޓުން އިތުރަށް މަޢުލޫމާތު ހޯދުމުން، އިބްރާހީމްއާއި އިސްތިއުނާފ ރައްދުވު ފަރާތުން ސްރީލަންކާގައާ 2022 ވަނަ އަހަރު ކުރިކާވެނި ރަޖިސްޓަރީ ކޮށްދެވެން ނެތްކަމަށް 09 އޮކްޓޯބަރ 2023 ދުވަހު ކަނޑައެޅުމަށްފަހު، 10 އޮކްޓޯބަރ 2023 ދުވަހު، އެހެން ކާވެންޏެއް ކުރުމަށްއެދި އިބްރާހީމްގެ ފަރާތުން ފެމިލީ ކޯޓަށް ހުށަހަޅާފައިވާއިރު އެ ފޯމގު "ކުރިންކުރި ކާވެނީގެ މަޢުލޫމާތު" ގެ ބައިގައި، އިސްތިއުނާފު ރައްދުވާ ފަރާތާއެކު ސްރީލަންކާގައި ކޮށްފައިވާ ކާވެނީގެ އެއްވެސް މަޢުލޫމާތެއް ހިމަނާފައިނުވެއެވެ. އަދި ބުނެވިދިޔަ ކާވެނި ކޮށްދިނުމަށްއެދޭ ފޯމު 10 އޮކްޓޯބަރ 2023 ދުވަހު ހުށަހެޅުމުން، 23 އޮކްޓޯބަރ 2023 ދުވަހު ކާވެނީގެ ރަޖިސްޓްރާރ އެ ކާވެނިކުރުމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރ xxxxxxxxxx (26 ފެބްރުއަރީ 2025) ސިޓީއާއި، ފެމިލީ ކޯޓުގެ ނަންބަރު xxxxxxxxx (12 މާރޗް 2025) ސިޓީން ދީފައިވާ ޖަވާބާއެކު ހިމަނާފައިވާ ލިޔުންތައް. ފެމިލީ ކޯޓުގެ ނަންބަރު xxxxxxxxxx (12 މާރޗް 2025) ސިޓީން ދީފައިވާ ޖަވާބާއެކު، އިބްރާހީމްގެ ފަރާތުން ފެމިލީ ކޯޓަށް ހުށަހެޅި "ކާވެނި ކޮށްދިނުމަށް އެދި ހުށަހަޅާ ފޯމު" (10 އޮކްޓޯބަރ 2023.) ހުއްދަ ދެއްވުމުން، އިބްރާހީމް އެހެން އަންހެނަކާ ކާވެނި ކޮށްފައިވަނީ 23 އޮކްޓޯބަރ 2023 ދުވަހުކަން، ފެމިލީ ކޯޓުގެ ނަންބަރު 146/2023/2064 ކާވެނީގެ ސެޓްފިކެޓަށ ބެލުމުން އެނގެއެވެ.
3623 އޮކްޓޯބަރ 2023 ދުވަހު އިބްރާހީމް ބުނެވިދިޔަ ކާވެނިކުރިއިރު، އިސްތިއުނާފު ރައްދުވާ ފަރާތާއެކު އިބްރާހީމް 22 ފެބްރުއަރީ 2022 ދުވަހު ސްރީލަންކާގައި ކޮށްފައިވާ ކާވެނި ރަޖިސްޓަރީ ކުރުމަށްއެދި އިބްރާހީމްގެ ފަރާތުން 15 ޖޫން 2023 ދުވަހު ހުށަހެޅި ފޯމު ކެންސަލްކުރިކަމަށް، 09 އޮކްޓޯބަރ 2023 ދުވަހު ފެމިލީ ކޯޓނު ދީފައިވާ ޖަވާބުފިޔަވައި އިތުރު ނިންމުމެއްނެތެވެ. އެ ކާވެންޏާމެދު ޝަރީޢަތުން ގޮތެއްނިންމާފައިވެސް ނުވެއެވެ. މި މައްސަލައިގެ ލިޔުންތަކުން ފެންނަންއޮތީ އިދާރީ ނިންމުމެކެވެ. އެ އިދާރީ ނިންމުމުން އެނގެނީ، ކާވެނި ރަޖިސްޓަރީ ކުރުމަށް އިބްރާހީމް ހުށަހެޅިފޯމު ބާޠިލުކުރިކަމެވެ.
37އިބްރާހީމްއާއި އިސްތިއުނާފު ރައްދުވާ ފަރާތް ސްރީލަންކާގައި ކޮށްފައިވާ ކާވެނި ރަޖިސްޓަރީ ކުރުމަށް ހުށަހަޅާފައިވަނީ ފެމިލީ ކޯޓަށެވެ. އަދި އިބްރާހީމް 23 އޮކްޓޯބަރ 2023 ދުވަހު އިތުރު ކާވެންޏެއް ކުރުމަށްއެދި ފުރާފައިވާ "ކާވެނި ކޮށްދިނުމަށް އެދި ހުށަހަޅާ ފޯމު" އަށްބެލުމުން، އެ ފޯމުގައި 22 ފެބްރުއަރީ 2022 ދުވަހު ސްރީލަންކާގައު އިސްތިއުނާފި ރައްދުވު ފަރާތާއެކު އިބްރާހީމް ކޮށްފައިވާ ކާވެނީގެ މަޢުލޫމާތު ހިމެނުމަކާނުލައި، އެ ފޯމުގައިވާ މަޢުލޫމާތަކީ ޞައްޙަ މަޢުލޫމާތު ކަމަށްބުނެ އިޤުރާރުވެ، އިބްރާހީމްގެ ފަރާތުން ހުށަހަޅާފައިވަނީވެސް ފެމިލީ ކޯޓަށެވެ.
38އިބްރާހީމް ގެ ފަރާތުން 15 ޖޫން 2023 ދުވަހު ފެމިލީ ކޯޓަށް ހުށަހެޅި "ރާއްޖއިނެ ބޭރުގައި ކުރާ ކާވެނި ރަޖިސްޓްރީކުރުމަށް އެދި ހުށަހަޅާފޯމް"އާ ގުޅިގެން، 09 އޮކްޓޯބަރ 2023 ތާރީޚުގައި ފެމިލީ ކޯޓންދިނު ޖަވާބާއި، 23 އޮކްޓޯބަރ 2023 ދުވަހު އިބްރާހީމް އިތުރު ކާވެންޏެއްކުރުމަށް އެ ކޯޓުން ދެއްވި ހުއްދއަގައިވެސް ސޮއިކޮށްފައިވަނީ، ފެމިލީ ކޯޓުގެ ކާވެނީގެ ރަޖިސްޓްރާރ ކަން ލިޔުންތަކުން އެނގެއެވެ.
39ބުނެވިދިޔަ ގޮތުގެމަތިން ކަންހިނގާފައި ވަނިކޮށް، އިސްތިއުނާފުކުރާ ފަރާތާއި އިސްތިއުނާފު ރައްދުވާ ފަރާތުން، 01 ނޮވެމްބަރ 2023 ދުވަހު ސްރީލަންކާގައި ކާވެނިކޮށްފައިވެއެވެ. އެއަށްފަހު، އިސްތިއުނާފުކުރާ ފަރާތުން 05 މާރޗް 2024 ދުވަހު "ރާއްޖެއިން ބޭރުގައި ކުރާ ކާވެނި ރަޖިސްޓަރީކުރުމަށް އެދި ހުށަޅާފޯމް"އއ ފެމިލީ ކޯޓަށް ހުށަހަޅާފައިވެއެވެ.
40ބުނެވިދިޔަ ގޮތުގެމަތިން ކާވެނި ރަޖިސްޓަރީ ކުރުމަށް އެދުމުން، އިސްތިއުނާފު ރައްދުވާ ފަރާތާއި އިބްރާހީމްގެ ކާވެނީގެ ކަންކަން ނިންމުމަށް ފެމިލީ ކޯޓުން އަންގާފައިވާކަމަށް އިސްތިއުނާފުކުރާ ފަރާތުން މި ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ބުނެފައިވެއެވެ. އަދި އެގޮތުގެމަތިން ކަންހިނގާފައިވާކަމަށް ޝަރީޢަތަށް ބުރަވެވޭ ސަބަބަކީ، އިސްތިއުނާފީ ޤަޟިއްޔާގެ ޚަޞްމުންގެ ކާވެނީގެ މައްސަލައިގައި ގޮތެއްނިންމުމަށްއެދި ހުށަހެޅުމުގެކުރިން، އިސްތިއުނާފު ރައްދުވާ ފަރާތުން "ރާއްޖެއިން ބޭރުގައި ކުރި ކާވެންޏާއިމެދު ގޮތެއް ކަނޑައަޅައިދިނުމަށް އެދި" އިބްރާހީމްގެ މައްޗަށް ދަޢުވާ ރައްދުވާގޮތަށް 25 މާރޗް 2024 ދުވަހު ހުށަހަޅާފައިވާކަން ލިޔުންތަކުން އެނގޭތީއެވެ. އަދި 19 މެއި 2024 ދުވަހު އެ މައްސަލަ ފެމިލީ ކޯޓުގައި ރަޖިސްޓަރީ ކޮށްފައިވާކަން ލިޔުންތަކުން ދައްކާތީއެވެ. އެ މައްސަލަ ބަލާފައިވަނީ ފެމިލީ ކޯޓުގެ ނަންބަރު 831/Fm-C/2024 ޤަޟިއްޔާއިންނެވެ. އެ ޤަޟިއްޔާގައިވާ މުހިއްމު ކަންކަން ތިރީގައި ބަޔާންކޮށްފައި
1.40. އިބްރާހީމްއާއި އިސްތިއުނާފު ރައްދުވާ ފަރާތުން 2022 ވަނަ އަހަރު ސްރީލަންކާގައި ކުރިކާވެނި ރަޖިސްޓަރީ ކުރުމަށް ހުށަހެޅުމުން، ފެމިލީ ކޯޓުން އެ ކާވެނި ރަޖިސްޓަރީ ކޮށްދީފައި ނުވާކަމަށެވެ.
2.40. ކާވެނި ރަޖިސްޓަރީ ކޮށްދީފައިނުވ ސަބަބަކާ ކާވެންޏަށް ބޭނުންވާ ވަލީ ދީފައިނުވުންކަމަށް އިބްރާހީމް ބުނެފައިވެއެވެ. ނަމަވެސް އެ ކާވެންޏަކ އިސްލާމީ ޝަރީޢަތާ އެއްގޮތަށް ކޮށްފައިވާ ކާވެންޏެއްކަމަށް ގަބޫލުކުރާކަމަށާއި، އިސްތިއުނާފު ރައްދުވާ ފަރާތުން ކުރިންކުރި ކާވެނިތަކަށްވެސް ވަލީ ދީފައިނުވާތީ ވަލީވެރިޔާއ ވާހަކާ ދައްކާފައި ނުވާނެކަމަށް އިބްރާހީމް
3.40. އިސްތިއުނާފު ރައްދުވާ ފަރާތުން 09 ޖޫން 2024 ދުވަހު ޝަރީޢަތަށް ހުށަހެޅި ބަޔާނުގައި، 14 މެއި 2024 ދުވަހު އިބްރާހީމްއާ ބައްދަލުވެގެން، އިސްތިއުނާފު ރައްދުވާ ފަރާތަކީ އިބްރާހީމްގެ އަނތްބެއ ނޫންކަމަށް ބުނިކަމަށް ބަޔާންކޮށްފައިވެއެވެ. އަދި އެއަށްފަހު 25 މެއި 2023 ދުވަހުގެ 23:30 އެހައިކަށްހައިއިރު، އިސްތިއުނާފު ރައްދުވާ ފަރާތް ދިރިއުޅޭ ފްލެޓަށް، ހުއްދަނެތި އިބްރާހީމް ވަންމައްސަލަ ފުލުހަށް ހުށަހެޅުމުން ބަލާފައިވއިރު، ފުލުހުންނަށް ދިންބަޔާނުގައ އިސްތިއުނާފި ރައްދުވު ފަރާތަކާ އިބްރާހީމްގެ އަނތްބެއް ނޫންކަމަށްބުނެ ބަޔާންދީފައި ވާނެކަމަށެވެ. އޭރު އިބްރާހީމްއަކީ މޯލްޑިވްސް ޕޮލިސް ސަރވިސްގައި މަސައްކަތްކުރާ މީހަކަށްވުމުން، ޖިނާއީ ދަޢުވާއެއް އަތުވެދާނެތީ މި ދެމީހުންގެ ކާވެނި ރަޖިސްޓަރީކުރަން ހުށަހެޅީކަމަށް ގަބޫލުކުރެވޭކަމަށް އިސްތިއުނާފު ރައްދުވާ ފަރާތުން
4.40. އާމިނަތގ ބައްޕަގެ ބަޔާނުގައި، އިސްތިއުނާފު ރައްދުވާ ފަރާތާއި އިބްރާހީމްއާ 22 ފެބްރުއަރީ 2022 ދުވަހު ސްރީލަންކާގައި ކޮށްފައިވާ ކާވެންޏާމެދު ނުރުހޭކަމަށާއި، އޭނާގެ ފިންގަރ ޕްރިންޓް ޖަހާފައިވާ ލިޔުމެއް ދީފައިނުވާނެކަމަށް ބުނެފައިވެއެވެ.
5.40. ފެމިލީ ކޯޓުގެ ނަންބަރު D4/2023/573 "ކާވެނި ފޯމުގެ ޖަވާބު" (09 އޮކްޓޯބަރ 2023) އަށް ބަލާއިރު، އިސްތިއުނާފު ރައްދުވާ ފަރާތާއި އިބްރާހީމްއާ ދެމީހުން ސްރީލަންކާގައި ކާވެނި ކޮށްފައިވަނީ ވަލީވެރިޔާގެ ފަރާތުން ލިޔުމަކުން ނުވަތަ އަނގަބަހުންވިޔަސް ވަލީހޯދުމެއް ނެތިކަން ވަލީވެރިޔާގެ ބަޔާނުން އެނގޭތީ، ރާއްޖެއިން ބޭރުގައިކުރާ ކާވެނި ރަޖިސްޓަރީ ކުރުމުގެ ޝަރުޠު މިއީ ލިޔުމުގެ ކުށެއްކަމަށް ބެލެވޭއިރު، ރަނގަޅު ގޮތަކީ 14 މެއި 2023 ކަމަށް ބުރަވެވެއެވެ. ފުރިހަމަ ނުވާތީ، މިހިނދަށް އެ ކާވެނި ރަޖިސްޓަރީ ކޮށްދެވެން ނެތްކަމަށް ބުނެފައިވުމަށް ޝަރީޢަތުން ރިޢާޔަތް ކޮށްފައިވެއެވެ.
6.40. އާއިލާއާބެހޭ ޤާނޫނާއި ޢާއިލާއާބެހޭ ގަވާއިދާއި ފެމިލީ ކޯޓުގެ ގަވާއިދަށް ރިޢާޔަތްކޮށް ފާހަގަކުރެވުނު ކަންކަން ބަޔާންކޮށްފައިވެއެވެ. އެގޮތުން، އާއިލާއާބެހޭ ޤާނޫނުގެ 19 ވަނަ މާއްދާގައި، ދިވެހިރާއްޖެއާއި ރާއްޖެއިން ބޭރުގައިކުރާ ކާވެނި ރަޖިސްޓަރީ ކުރަންވާނެކަމަށް ބުނެފައިވާކަމާއި، ރާއްޖެއިން ބޭރުގައިކުރާ ކާވެނި ރަޖިސްޓަރީ ކުރުމުގެ ޝަރުޠުތައް ބަޔާން ކޮށްފައިވަނީ ޢާއިލާއާބެހޭ ގަވާއިދުގެ 32 ވަނަ މާއްދާގައިކަމަށް ބުނެފައިވެއެވެ. އަދި ހުށަހެޅިފައިވާ މައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތާއި އިބްރާހީމްއާ ކާވެނިކުރުމަ ށ ވަލީވެރިޔާއާ ވާހަކަދައްކާފައި ނުވާކަމަށާއި، ވަލީއަކ އިސްލާމީ ޝަރީޢަތާއި ޢާއިލާއާބެހޭ ގަވާއިދުގައި ކާވެންޏެއްގައި ފުރިހަމަވާންޖެހޭ ޝަރުޠއްކަމަށެވެ. ވަލީވެރިޔާ ވަލީދިނުމަށް އިންކާރުކުރާ ޙާލަތުގައި ޢަމަލު ކުރަންޖެހޭގޮތް ބަޔާންކޮށްފައި ވާކަމަށާއި، އެގޮތުގެމަތިން ޚަޞްމުން ޢަމަލުކޮށްފައި ނުވާކަން ދެ ފަރާތުގެ ބަހުން އެނގޭކަމަށް ބުނެފައިވެއެވެ. އަދި ބައްޕަގެ ކިބައިން ވަލީހޯދުން މަނާކުރާ އެއްވެސްކަމެއް މެދުވެރިވެފައިވާކަން ދެފަރާތުގެ ބަހުންވެސް ޝަރީޢަތަށް ސާބިތުކޮށްދެވިފައި ނުވާކަމަށް ބުނެފައިވެއެވެ.
7.40. ބައްޕަގެ ވަލީ ނުވަތަ ޙާކިމުގެ ވަލީ ހޯދުމަށް އެއްވެސް މަސައްކަތެއްނުކޮށް، އިސްތިއުނާފު ރައްދުވާ ފަރާތުގެ ރުހުމާއި އެނގުމުގެ ތެރެއިން ކަންކަން ހިނގާނިމި އެތައްދުވަހެއް ފަހުން، އެ ކާވެނި ޞައްޙަކަމުގެ މައްޗަށް އިސްތިއުނާފު ރައްދުވާ ފަރާތް ބުނާބުނުގެ އިޚްލާޞްތެރިކަމަށްވުރެ ހަވާނަފުސު އިސްކޮށް ބުނާބުނުމެއްކަމަށް ބެލުމުގެ އިޙްތިމާލު ފާޅުކަން ބޮޑުގޮތެއްގައި ހާމަވާކަމަށެވެ.
8.40. އިސްތިއުނާފު ރައްދުވާ ފަރާތާއި އިބްރާހީމްއާ 22 ފެބްރުއަރީ 2022 ދުވަހު ސްރީލަންކާގައި ކޮށްފައިވާކަމަށްބުނާ ކާވެންޏަކީ ވަލީވެރިޔާގެ ރުހުންނެތި ކޮށްފައިވާ ކާވެންޏެއްކަން އެނގޭތީ، އިސްލާމީ ޝަރީޢަތުގައި ކާވެނީގައި ފުރިހަމަ ވާންޖެހޭ ޝަރުޠު ފުރިހަމަވާ ކާވެންޏެއްކަމަށް ބަލާނެތަނެއް ނެތްކަމަށެވެ. އެހެންކަމުން، އެ ކާވެންޏަކ ޝަރުޢީ ހަމަތަކުގެމަތިން ކޮށްފައިވާ ކާވެންޏެއްކަމަށ ޝަރީޢަތަށް ސާބިތުނުވާކަމަށް ކަނޑައަޅުއްވައި، ޙުކުމް ކުރައްވާފައިވެއެވެ.
9.40. މި ޤަޟިއްޔާ ބައްލަވައި ޙުކުމް ކުރައްވާފައިވަނީ 18 ޖުލައި 2024 ދުވަހުއެވެ.
41ބުނެވިދިޔަ ގޮތުގެމަތިން ކަންހިގުމަށްފަހު، 05 މާރޗް 2024 ދުވަހު (އިސްތިއުނާފުކުރާ ފަރާތާއި އިސްތިއުނާފު ރައްދުވާ ފަރާތުން) "ރާއްޖެއިން ބޭރުގައި ކުރާ ކާވެނި ރަޖިސްޓަރީކުރުމަށް އެދި ހުށަޅާފޯމް"އާ ގުޅިގެން 29 ޖުލައި 2024 ދުވަހު، ތިރީގައިވާ ޖަވާބު ކާވެނީގެ ރެޖިސްޓްރާރ ދއްވެފައިވެއެވެ. "01 ނޮވެމްބަރ 2023 ގައި ސްރީލަންކާގައި ކޮށްފައިވާ ކާވެނި ރަޖިސްޓްރީ ކުރުމަށް އެދި 05 މާރޗް 2024 ގައި ހުށަހަޅާފައިވާ ފޯމާއި ގުޅިގެން ދަންނަވަމެވެ. އާމިނަތު xxxxx އާއި އާދަމް xxxxxއާ ދެމީހުންގެ ކައިވެނި 01 ނޮވެމްބަރ 2023 ގައި ކޮށްދީފައިވާ ކައިވެންޏަކީ އާމިނަތު xxxxxxxގެ ވަލީވެރިޔާ (ބައްޕަ) xxxxxxxxxގެ xxxxxxxxxxxxxxxxxxxx ރުހުމުގައި ކޮށްފައިވާ ކާވެންޏެއް ނޫންކަމަށް 28 ޖުލައި 2024 ގައި xxxxxxxxxxxxxxxxxxx ކޯޓަށް xxxxxxxxxxxxxxxxxxxx ދީފައިވާ ބަޔާނުން އެނގޭތީ، ޢާއިލާއާބެހޭ ގަވާއިދުގެ 33 ވަނަ މާއްދާއަށް ރިޢާޔަތްކުރުމުން އާމިނަތަ xxxxxx އާ އާދަމް xxxxxއާ ދެމީހުންގެ ކައިވެނި މިހިނދަށް ރަޖިސްޓްރީކުރުން މަޑުޖެހިފައިވާކަން އަންގަމެވެ."
42ކާވެނީގެ ރަޖިސްޓްރާރ ބުނެވިދިޔަ ގޮތުގެމަތިން ނިންމެވުމަށްފަހު، އިސްތިއުނާފުކުރާ ފަރާތާއި އިސްތިއުނާފު ރައްދުވާ ފަރާތުން 01 ނޮވެމްބަރ 2023 ދުވަހު ސްރީލަންކާގައި ކޮށްފައިވާ ކާވެންޏާމެދު ގޮތެއް ކަނޑައަޅައި ދިނުމަށްއެދި، އިސްތިއުނާފުކުރާ ފަރާތުން 09 އޮގަސްޓް 2024 ދުވަހު މައްސަލަ ހުށަހަޅާފައިވެއެވެ. އެ މައްސަލަ ފެމިލީ ކޯޓުގައި ރަޖިސްޓަރީ ކޮށްފައިވަނީ 20 އޮގަސްޓު 2024 ދުވަހު ކަމަށް ލިޔުންތަކުން ދައްކައެވެ. އެ މައްސަލަ ބައްލަވާފައިވަނީ ފެމިލީ ކޯޓުގެ ނަންބަރު -1433/Fm C/2024 ޤަޟިއްޔާއިންނެވެ. އެ ޤަޟިއްޔާގައިވާ މުހިއްމު ކަންކަން ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.
1.42. މި މައްސަލަ ހުށަހަޅާފައިވަނީ، އިސްތިއުނާފުކުރާ ފަރާތާއި އިސްތިއުނާފު ރައްދުވާ ފަރާތުން 01 ނޮވެމްބަރ 2023 ދުވަހު ސްރީލަންކާގައި، ޙކިމުގާ ވަލީއަށްކުރ ކާވެނި ރަޖިސްޓަރީ ކޮށްދިނުމުގެކުރިނ ޝަރީޢަތުން ގޮތެއް ނިންމުމަށް ފެމިލީ ކޯޓުގެ ރެޖިސްޓްރާރ އެދިފައިވާތީކަމަށް އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވެއެވެ. އަދި އިސްތިއުނާފުކުރާ ފަރާތުން ވަލީވެރިޔާ ގާތަށް 2 (ދޭއް) ހެކިވެރިން ފޮނުވުމުން، ވަލީދިނުމަށް އިންކާރު ކޮށްފައިވާކަމަށް ބުނެފައިވާކަމަށެވެ.
2.42. ޙާކިމުގެ ވަލީއާގުޅޭ ފޯމެއްގައި އިސްތިއުނާފުކުރާ ފަރާތއާ އިސްތިއުނާފި ރައްދުވު ފަރާތުން ސޮއިކޮށްފައި ވާކަމަށާއި، އެ ފޯމުގައިއޮތީ ބައްޕަ އިންކާރުކުރާ ކަމަށާއި، ކުރީގެ 2 (ދޭއް) ކާވެނިވެސް ކޮށްފައިވަނީ ޙާކިމުގެ ވަލީއަށްކަމަށާއި، އެ ކާވެނިކުރުމަށް ދެމީހުންވެސް ބޭނުންވާކަންކަމަށް އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވެއެވެ.
3.42. އިސްތިއުނާފު ރައްދުވާ ފަރާތުން ކުރިންވެސް ކާވެންޏެއް ކޮށްފައިވާކަމަށާއި، އެ ކާވެންޏަކީ ބާޠިލު ކާވެންޏެއްކަމަށް ކަނޑައަޅާފައިވާކަން، މައްސަލައާއެކު ހުށަހަޅާފައިވާ އެ ކާވެންޏާމެދު ނިންމިގޮތުގެ ރިޕޯޓުން އެނގެން އޮތްކަމަށެވެ.
4.42. އިސްތިއުނާފުކުރާ ފަރާތާ އ އިސްތިއުނާފި ރައްދުވު ފަރާތުން ކާވެނިކުރީ، އިސްތިއުނާފު ރައްދުވާ ފަރާތާއި އިބްރާހީމްއާ ކުރިންކުރ ކާވެނި ނިމިފައިވާކަމަށް ދެކިގެންކަމަށް ދެ މީހުންގެ ފަރާތުން
5.42. އިސްތިއުނާފު ކުރާ ފަރާތާއި އިސްތިއުނާފު ރައްދުވާ ފަރާތުގެ ކާވެނި ރަޖިސްޓަރީ ކުރުމަށް ހުށަހެޅުމުން، އެ ކާވެނި ކޮށްފައިވަނީ ވަލީވެރިޔާގެ ރުހުމުގައި ނޫންކަމަށް ވަލީވެރިޔާ 28 ޖުލައި 2024 ދުވަހު ދީފައިވާ ބަޔާނުން އެނގޭތީ، ޢާއިލާއާބެހޭ ގަވާއިދުގެ 33 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، މި ދެމީހުންގެ ކާވެނި މި ހިނދަށް ރަޖިސްޓަރީ ކުރުން މަޑުޖެހިފައިވާކަމަށް ފެމިލީ ކޯޓުން ޖަވާބު ދީފައިވާކަން އެނގޭކަމަށެވެ.
6.42. އިސްތިއުނާފު ރައްދުވާ ފަރާތާއި އިބްރާހީމްއާ 22 ފެބްރުއަރީ 2022 ދުވަހު ކޮށްފައިވާ ކާވެންޏަކ ޝަރުޢީ ހަމަތަކުގެމަތިން ކޮށްފައިވާ ކާވެންޏެއް ނޫންކަމަށް، ފެމިލީ ކޯޓުގެ ނަންބަރު 831/Fm-C/2024 ޤަޟިއްޔާގައި، 18 ޖުލައި 2024 ދުވަހު ކަނޑައަޅާފައިވާކަމަށެވެ.
7.42. އާއިލާއާބެހޭ ޤާނޫނުގެ 9 ވަނަ މާއްދާގައި، ކާވެންޏެއް އަޤުދުކޮށް ރަޖިސްޓަރީ ކުރެވޭނީ، އެ ކާވެންޏެއް ކުރުމަށް، އެ ކާވެންޏެއްގ ދެ ފަރާތްކަމުގައިވާ ފިރިހެނާއާއި އަންހެނާގެ ރުހުން ލިބިފައި އޮވެގެންކަމަށާއި، ކާވެނިކުރަނ އެދް އަންހެނާގެ ވަލީވެރިޔާގެ ވަލީ ނުވަތަ ޙާކިމުގެ ވަލީ ލިބިފައި އޮވެގެންކަމަށް ބަޔާންކޮށްފައި ވާކަމަށެވެ. އާއިލާއާބެހޭ ޤާނޫނުގެ 13 ވަނަ މާއްދާގައި ކާވެނި ޞައްޙަވުމަށްޓަކައި އިސްލާމީ ޝަރީޢަތުގައި ފުރިހަމަވާންޖެހޭ ޝަރުޠުތައް ފުރިހަމަނުވާ ކޮންމެ ކާވެންޏަކީ ބާޠިލު ކާވެންޏެއްކަމުގައި ބަޔާންކޮށްފައިވާއިރު، އިސްލާމީ ޝަރީޢަތުގައި ކައިވެންޏެއްގައި ފުރިހަމަވާންޖެހޭ ޝަރުޠުތަކަކީ ކޮބައިކަން ޤާނޫނުގައި ބަޔާންކޮށްފައި ނުވާކަމަށެވެ.
8.42. ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 142 ވަނަ މާއްދާގައި ފަނޑިޔާރުން މައްސަލަ ބެލުމުގައި ޢަމަލުކުރާނީ ޤާނޫނުއަސާސީއާއި ޤާނޫނަށްކަމާއި، ޤާނޫނުއަސާސީއާއި ޤާނޫނުގައި ވަކިގޮތަކަށް ކަނޑައަޅާފައިނުވާ ކަންކަމުގައި، އިސްލާމީ ޝަރީޢަތަށް ރިޢާޔަތްކުރަން ވާނެކަމަށް ބަޔާން ކޮށްފައިވާކަމަށެވެ. މި ޙާލަތުގއަ ބަލަންވާނީ ޤާނޫނުއަސާސީގެ 274 ވަނަ މާއްދާގެ
(ހ)ގައިވާ އިސްލާމީ ޝަރީޢަތުގެ މާނައަށްކަމަށެވެ. މީގެފަހުން "ޤާނޫނުއަސާސީ"ކަމަށް ބުނެފައިވާ.
9.42. އިސްލާމީ ޝަރީޢަތުގައި، ވަލީވެރިއެއްގެ ރުހުންއޮތުން ލާޒިމުވާނެކަމަށާއި، ވަލީއާނުލައިކުރާ ކާވެނި ޞައްޙަ ނުވާނެކަމަށާއި، ވަލީވެރިޔާގެ އިޒުނައާނުލައި ކާވެނިކޮށްފި އަންހެނާގެ ކާވެންޏަކީ ބާޠިލު ކާވެންޏެއްކަމަށެވެ.
10.42. ޢާއިލާއާބެހޭ ގަވާއިދުގެ 19 ވަނަ މާއްދގާ (ހ)ގައި، ދިވެހިރާއްޖެއިން ބޭރުގައިކުރާ ކާވެނި ރަޖިސްޓަރީ ކުރަންވާނެކަމަށާއި، ޤާނޫނާ ޚިލާފަށް ކޮށްފައިވާ އެއްވެސް ކާވެންޏެއް ރަޖިސްޓަރީ ނުކުރެވޭނެކަމަށް ބުނެފައިވާކަމަށެވެ. އަދި ރާއްޖެއިން ބޭރުގައިކުރާ ކާވެނި ރަޖިސްޓަރީ ކުރެވޭނީ ޢާއިލާއާބެހޭ ގަވާއިދުގެ 32 ވަނަ މާއްދާގައިވާ ޝަރުޠުތައް ފުރިހަމަވުމުން ކަމަށާއި، މި މައްސަލައިގައި ވަލީ ވެރިޔާގެ ރުހުން ލިބިފައިވުމުގެ ޝަރުޠު ފުރިހަމަނުވާކަމަށެވެ.
11.42. އިސްތިއުނާފުކުރާ ފަރާތާ އ އިސްތިއުނާފި ރައްދުވު ފަރާތުން ސްރީލަންކާގައި ކޮށްފައިވާ ކާވެންޏަށް ވަލީދޭން ހުރިތޯ ވަލީވެރިޔާއާ ސުވާލުކުރުމުން، މި ކާވެންޏަށް ވަލީ ހޯދުމަށް ވަލީވެރިޔާ ގާތަށް އެއްވެސް މީހަކު ފޮނުވާފައި ނުވާކަމަށާއި، އިސްތިއުނާފު ރައްދުވާ ފަރާތކަ ވަލީވެރިޔގާ "ދަރިއަކަށްނުވާތީ" އޭނާއަށް ވަލީދިނުމަކީ "ވަލީވެރިޔާއާ ގުޅުންހުރި ކަމެއްނޫނ" ކަމަށާއި، އިސްތިއުނާފު ރައްދުވާ ފަރާތކަ ވަލީވެރިޔގާ "ދަރިއެއްކަމަށް ނިންމާފައިވަން ޝަރީޢަތުން" ކަމަށާއި، އިސްތިއުނާފު ރައްދުވާ ފަރާތް މގީކުރިނ ކޮށްފައިވް އެއްވެސް ކާވެންޏަކަށް ވަލީވެރޔި ވަލީދީފައި ނުވާނެކަމަށާއި، ވީމާ، އިސްތިއުނާފު ރައްދުވާ ފަރާތާއި އިސްތިއުނާފުކުރާ ފަރާތް ކާވެނިކުރުމަކީ ރުހޭކަމެއް ނޫންކަމަށާއި، އެކަމަށް އާނއެކޭ ނުބުނާނެކަމަށްބުނެ ވަލީވެރިޔާ ބަޔާން ދީފައިވާކަމަށެވެ. ފެމިލީ ކޯޓުގެ ނަންބަރު 1433/Fm-C/2024 ޤަޟިއްޔާގައި، 16 ސެޕްޓެމްބަރ 2024 ދުވަހު އާމިނަތުގ ބައްޕަގެ މަޙުޟަރު ބަޔާން.
12.42. މައްސަލައިގެ އެންމެހައި ކަންކަމަށް ބެލުމަށްފަހު، އިސްތިއުނާފު ރައްދުވާ ފަރާތުން މިކާވެނި ކޮށްފައިވަނީ އޭގެކުރިން ރާއްޖެއިން ބޭރުގައި ކޮށްފައިވާ ކާވެންޏާމެދު ޝަރީޢަތުން ގޮތެއް ކަނޑައަޅާފައި ނުވަނީސްކަމާއި، އަދި އެ ކާވެންޏަކީ ޞައްޙަ ކާވެންޏެއްކަން ޝަރީޢަތަށް ސާބިތުނުވާކަމަށް ފެމިލީ ކޯޓުގެ ނަންބަރު 831/Fm-C/2024 ޤަޟިއްޔާގައި ކަނޑައަޅާފައިވަނީ، އެ ކާވެނިކުރުމަށް ވަލީވެރިޔާގެ ރުހުން ހޯދާފައި ނުވާތީކަން އެނގޭކަމަށެވެ.
13.42. އިސްތިއުނާފު ރައްދުވާ ފަރާތުން 01 ނޮވެމްބަރ 2023 ދުވަހު ކާވެނިކޮށްފައިވަނީ ކުރިންކުރި ކާވެންޏެކޭ އެއްފަދައިން ވަލީ ލިބިގެން ނޫންކަން އެނގޭއިރު، ދިވެހިރާއްޖޭގައި ކާވެނި ކުރުމަށާ ބޭނުންވާ ވަލީ ހޯދުމަށް ރަސްމީ ސިފައެއްގައި މަސައްކަތް ކޮށްފައި ނުވާކަމާއި، ވަލީވެރިޔާ ވަލީ ދިނުމަށް އިންކާރުކޮށްފިނަމަ، ވަލީ ހޯދުމުގެ މައްސަލަ ކޯޓަށް ހުށަހެޅޭނެކަމާއި، އެފަދަ މައްސަލައެއް ހުށަހެޅިއްޖެނަމަ މައްސަލައިގެ ވަށައިގެންވާ ކަންކަމަށް ރިޢާޔަތްކޮށް ވަލީއާމެދު ޝަރީޢަތުން ގޮތްނިންމަމުން ގެންދާކަމ ޢަމަލުކުރީ އުޞޫލުކަމަށެވެ. އިސްތއުނާފި ރައްދުވާ ފަރާތުން 3 (ތިނެއް) ކާވެނި ކުރިއިރުވެސް ވަލީވެރިޔާ ވަލީދިނުމަށް އިންކާރުކޮށްފައިވާ ފަރާތެއްކަމަށް ބުނާއިރު، ވޭތުވެދިޔަ ދެފަހަރު ވަލީ ހޯދުމާބެހޭ ޤާނޫނީ އިޖުރާއަތު ފުރިހަމަ ކުރުމަކާނުލައި ކާވެނިކޮށްފައިވަނީ ވަލީނެތ ކާވެނި ކުރުމަކީ ކޮންކަހަލަ ކަމެއްކަމާއި އޭގެނަތީޖާ އެނގިހުރެކަމަށ ޝަރީޢަތަށް ބެލެވޭކަމަށެވެ.
14.42. ކާވެންޏަށް ވަލީ ލިބިފައިވުމަކީ އިސްލާމީ ޝަރީޢަތާއި ޢާއިލާއާބެހޭ ގަވާއިދުގައި ކާވެންޏެއް ޞައްޙަވުމަށްޓަކައި ފުރިހަމަ ވާންޖެހޭ ޝަރުޠެއްކަމާއި، އެ ކާވެންޏެއ ކުރުމަށް ވަލީ ދިނުމަށް ވަލީވެރިޔާ އިންކާރުކުރާ ޙާލަތުގައި ޢަމަލު ކުރަންޖެހޭގޮތް ޤާނޫނުގައި ބަޔާންކޮށްފައި ވާކަމަށާއި، އެފަދައިން ދެފަރާތުން ޢަމަލުކޮށްފައި ނުވާކަން ދެމީހުންގެ ބަހުން އެނގެން އޮތްއިރު، އާމިނަތގު ބައްޕަގެ ކިބައިން ވަލީ ހޯދުން މަނާކުރާ އެއްވެސްކަމެއް މެދުވެރިވެފައިވާކަން މި ދެފަރާތުގެ ބަހުންވެސް ޝަރީޢަތަށް ސާބިތުކޮށްދެވިފައި ނުވާކަމަށެވެ.
15.42. މީގެއިތުރުން، ވަލީވެރިޔާ ކާވެންޏަށް ނުރުހޭކަމަށާއި، އެކަމަށް އާނއެކޭ ނުބުނާނެކަމަށް ބުނެފައިވާތީ، ވަލީވެރިޔާ ނޫންކަމަށްބުނެ ވަލީދިނުމަށް އާމިނަތުގެ ބައްޕަ އިންކާރުކުރާ ފުރަތަމަ ފަހަރުކަމަށް ނުވާއިރު، ޙާކިމުގެ ވަލީ ހޯދުމަށް ރާއްޖޭގެ ޝަރުޢީ ނިޒާމުގެ ތެރެއިން މަސައްކަތެއް ކޮށްފައިވާކަން އެނގެން ނެތަތީއާއި، ޝަރުޢީ ކަންކަން ހަވާނަފުސުގެ އެދުންތަކާ އެއްގޮތަށް މާނަކުރަން ފަށައިފިނަމަ މުޖުތަމަޢުގެ ޢާއްމު މަޞްލަޙަތު ގެއްލިގެން ހިނގައިދާނެކަން އެނގޭތީ، މި ދެމީހުންގެ ކާވެންޏަކީ ދިވެހިރާއްޖޭގައި ޢަމަލުކުރަމުންދާ ޤާނޫނީ ޝަރުޢީ އުޞޫލުތަކާ އެއްގޮތަށް ކޮށްފައިވާ ކާވެންޏެއްކަމަށް ބަލާނެތަނެއ ނެތްކަމަށް ކަނޑައަޅުއްވާފައިވެއެވެ.
43ބުނެވިދިޔަ ގޮތުގެމަތިން ޙުކުމް ކުރުމުން، އިސްތިއުނާފީ މައްސަލަ މި ކޯޓަށް ހުށަހަޅާފައިވެއެވެ. އަދި އިސްތިއުނާފީ މައްސަލައިގެ ތެރެއިން، މައްސަލައިގެ ޚަޞްމުންގެ ދަރިފުޅުގެ ޙައްޤުތަކަށް އުނިކަން އަތުވެދާނެ އެއްވެސްކަމެއް ނުކުރުމުގެ އަމުރަކަށްއެދ އިސްތިއުނާފުކުރި ފަރާތުން ހުށަހަޅާފައިވެއެވެ. އެ ހުށަހެޅުމާ ގުޅިގެން، މި ކޯޓުގެ ނަންބަރު B7/CHT/2024/4967-95 "ވަގުތީ އަމުރާގުޅޭ ނިންމުން" (19 ނޮވެމްބަރ 2024)ގައި، އިސްތިއުނާފުކުރާ ފަރާތުގެ ހުށަހެޅުމުގައި ހިމާޔަތް ކޮށްދިނުމަށްއެދޭ ޙައްޤުތަކަކީ ކާވެނީގެ ޞައްޙަކަމާމެދު އުފެދި ފައިވާ ޤާނޫނީ ސުވާލާ ސީދާގުޅުންހުރި ކަމަކަށްވެފައި، އިސްތިއުނާފީ މައްސަލައިގެ މައުޟޫޢުއަށް އަސަރުނުކުރާ ގޮތަކަށް ހިމާޔަތް ލިބެންޖެހޭ މައުޟޫޢީ ޙައްޤެއް ނުވަތަ ޤާނޫނީ މަރުކަޒެއް މިހިނދަށް ނެތްކަމަށް ކަނޑައަޅާފައިވެއެވެ.
ޤާނޫނީ އުޞޫލުތައް
44މި މައްސަލައިގައި އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާތަކުގެ މައްޗަށް ޖުމުލަކޮށް ރިޢާޔަތްކޮށް، ޝަރީޢަތުގެ ކުރިމަތީގައިވާ ސުވާލުތަކަށް ދިޔުމުގެކުރިން، ދިވެހިރާއްޖޭގެ ޤާނޫނީ ނިޒާމުގައި ކާވެންޏާ ގުޅޭގޮތުންހުރ ޤާނޫނި އުޞޫލުތަކަށް ނަޒަރކުރުން މުހިއްމުކަމަށު ދެކެމެވެ.
45ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު ގެ މީޑިއާނެޓް ޕްރައިވެޓް ލިމިޓެޑް ވ. މޯލްޑިވްސް އިންލަންޑް ރެވެނިއު އތޯރިޓޮ (2016/SC-A/23) ޤަޟިއްޔާގައި، ޤާނޫނު މާނަކުރަންވާގޮތް، ޤާނޫނުގެ ޞަރީޙަ ޢިބާރާތުން ބަޔާންކޮށްފައި އޮންނަގޮތ ޚިލާފަށާ ދައުލަތުގެ ކަމާބެހޭ އެއްވެސް އިދާރާއަކަށް މާނަ ނުކުރެވޭނެކަމަށް ކަނޑައަޅުއްވާފައިވެއެވެ. މީގެއިތުރުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ދައުލަތް (މިނިސްޓްރީ އޮފް ޓުއަރިޒަމް) ވ. އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމޓެޑި (2020/SC-A/46) ޤަޟިއްޔާގައި، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނާއި ޤާނޫނުތަކުގެ ދަށުން ހަދާފައިވާ ގަވާއިދުތައް މާނަކުރުމަށް، ޤާނޫނު ނަންބަރު 2011/4 (މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނު) ގައި ބަޔާންކޮށްފައިވާ ކޮންމެ ހަމައެއް ޚިޔާރުކުރިނަމަވެސް، ޔަޤީންވާ އެއްކަމަކީ މަސައްކަތްފަށަންޖެހޭ ހިސާބަކީ ޤާނޫނުގެ އިބާރާތާއި އޮނިގަނޑުން ކަމަށްވެފައި، ކޯޓުން މާނަކުރަންޖެހޭ މާއްދާ ނުވަތަ އިބާރާތް ހިމެނޭ ޤާނޫނު ކިޔަންވާނީ އެއްރޮއްޖަކުން ވިޔެފައިވާ އެކަތި ގަނޑެއްގެ ގޮތުގައިކަމަށާއި، ޤާނޫނުގައި ހިމެނޭ ވަކިވަކިބައިތައް ކޯޓުންކިޔައި މާނަކުރަންވާނީ މުޅިޤާނޫނުގެ ވަށައިގެންވާ ސިޔާސަތާއި މަޤުޞަދުގެ ފުޅާއިމުގެ ތެރެއިންކަމަށް ކަނޑައަޅއްވު ފައިވެއެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2016/SC-A/23 ޤަޟއްޔާގި ނުކުތާ 73. މީގެފަހުން "މާނަކުރުމުގެ ހަމަތަކުގެ ޤާނޫނު"ކަމަށް ބުނެފައިވާ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/46 ޤަޟިއްޔާގެ ނުކުތާ 16.
46އާއިލާއާބެހޭ ޤާނނުގޫ 13 ވަނަ މާއްދާގައި، ކާވެނި ޞައްޙަވުމަށްޓަކައި، އިސްލާމީ ޝަރީޢަތުގައި ފުރިހަމަވާންޖެހޭ ޝަރުޠުތައް ފުރިހަމަވެފައިނުވާ ކޮންމެ ކާވެންޏަކީ ބާޠިލު ކާވެންޏެއްކަމަށް ބަޔާން ކޮށްފައިވެއެވެ. ހަމައެއާއެކު، އެ ޤާނޫނުގެ 2 ވަނަ މާއްދާގައި، ދެ ދިވެހިން ކާވެނި ކުރާނަމަ، ނުވަތަ ދިވެއްސަކު ބިދޭސީއަކާ ކާވެނި ކުރާނަމަ، ކާވެނި ކުރަންވާނީ އެ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންކަމަށް ބުނެފައިވެއެވެ.
47ހަމައެއާއެކު، އާއިލާއާބެހޭ ޤާނޫނުގެ 3 ވަނަ މާއްދާގައި، ދިވެހިރާއްޖޭގައި ކާވެންޏެއް ޢަޤުދު ކޮށްދޭންވާނީ، އެކާވެންޏެއް ކުރަންއެދޭ ދެމީހުންކުރެ އެކަކު ކާވެންޏަށް އެދި ހުށަހަޅައި، އަނެކަކު އެކަން ގަބޫލުކޮށް، އެ ޤާނޫނުގައިވާ ގޮތުގެމަތިން ވަލީލިބި، އެ ޤާނޫނުގައިވާ ގޮތުގެމަތިން ކާވެނި ކުރުމަށްޓަކައި ފުރިހަމަ ކުރަންޖެހޭ އެހެން ކަންތައްތައް ފުރިހަމަ ކުރުމުން، ކާވެނިކުރަންއެދޭ ފިރިހެނާއާއި އަންހެނާގެ އިތުރަށް ވަލީވެރިޔާއާއި، ދެހެކިންގެ ހާޒިރުގައި، ޝަރުޢީ މައުޒޫނެ އްކަމަށް ބުނެފައިވެއެވެ. މާނައަކީ، ކާވެންޏެއްގެ އަޤުދުގައި ދިވެހިރާއްޖޭގެ ޤާނޫނު ބަޔާންކުރާގޮތުން ލާޒިމު ވާންޖެހޭ ކަންކަމަކީ މިއެވެ.
48އާއިލާއާބެހޭ ޤާނޫނުގެ 9 ވަނަ މާއްދާގައި، އެ ޤާނޫނުގެ ދަށުން ކާވެންޏެއް ޢަޤުދުކޮށް ރަޖިސްޓަރީ ކުރެވޭނީ، އެ ކާވެންޏެއް ކުރުމަށް، އެ ކާވެންޏެއްގެ ދެފަރާތް ކަމުގައިވާ ފިރިހެނާއާއި އަންހެނާގެ ރުހުން ލިބިފައި އޮވެގެންކަމާއި، ކާވެނިކުރަންއެދޭ އަންހެނާގެ ވަލީވެރިޔާގެ ވަލީ، ނުވަތަ އެ މާއްދާގެ (ށ)ގައިވާ ގޮތުގެމަތިން އެ ކާވެންޏެއް ކުރުމަށް ޙާކިމުގެ ވަލީ ލިބިފައި އޮވެގެންކަމަށް ބުނެފައިވެއެވެ.
49އާއިލާއާބެހޭ ޤާނޫނުގެ 9 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ ދިވެހިރާއްޖޭގެ އއިލާއާބެހާ ޤާނޫނުގެ ދަށުންކުރާ ކާވެންޏެއްގައި އިސްލާމީ ޝަރީޢަތުގެ ހަމަތަކުގެމަތިން ފުރިހަމަވާންޖެހޭ ރުކުންތަކެވެ. އެއީ، ކާވެނިކުރާ އަންހެނަކާއި ފިރިހެނަކާއި، އެ ދެމީހުންގެ ރުހުމާއި، ކާވެނީގެ ވަލީއެވެ. ކާވެނީގެ ވަލީއަކީ ނަސަބުގެގޮތުން އަންހެނާގެ ވަލީވެރއި ކުގެ ވަލީ ނުވަތަ އާއިލާއާބެހޭ ޤާނޫނުގެ 9 ވަނަ މާއްދާގެ (ށ)ގައި ބަޔާންކޮށްފައިވާފަދަ ޙާކިމުގެ ވަލީއެވެ.
50އާއިލާއާބެހޭ ޤާނޫނުގެ 9 ވަނަ މާއްދާގެ (ށ)ގައި، ކާވެނި ކުރަންއެދޭ އަންހެނާގެ ވަލީވެރިޔާގެ ވަލީ، އެ މާއްދާގައި ބަޔާންކޮށްފައިވާ ސަބަބުތަކުގެ ތެރެއިން ސަބަބެއް މެދުވެރިވެގެން ލިބެންނެތްނަމަ، އެ ކާވެންޏެއް ކުރެވޭނީ ޙާކިމުގެ ވަލީ ލިބިގެންކަމަށް ބުނެފައިވެއެވެ. އެގޮތުން، ޙާކިމުގެ ވަލީއަށް ކާވެނިކުރެވޭނެ ސަބަބުތަކަކީ، ނަސަބުގެގޮތުން ވަލީއަރ މީހަކާ ދުނިޔޭގައި ނެތުމާއި، މަގުބޫލު ސަބަބެއްނެތި، ވަލީވެރިޔާ 17 16 ވަލީދިނުމުން މަނާވެގަތުމާއި، ވަލީވެރިޔާ ވީތަނެއް ނޭނގުމާއި، ވަލީވެރިޔާއަކީ ވަލީދިނުމުގެ ޝަރުޠު ފުރިހަމަވާ މީހަކު ކަމުގައި ނުވުމެވެ.
51އާއިލާއާބެހޭ ޤާނޫނުގެ 9 ވަނަ މާއްދާގެ (ނ)ގައި، އެ މާއްދާގެ (ށ)ގައިވާ ސަބަބުތަކުންކުރެ ސަބަބެއް މެދުވެރިވެއްޖެކަމަށ ކޯޓަށް ސާބިތުވެ، ކާވެންޏެއ ކުރުމަށް ޙާކިމުގެ ވަލީ ދޭންޖެހިއްޖެނަމަ، އެ ކާވެންޏެއް ކޮށްދޭ ޝަރުޢީ މައުޒޫނުއާ ޙާކިމުގެ ވަލީ، އެ ޤާނޫނުގެ ދަށުންހަދ ގަވާއިދުގައިވާ ގޮތުގެމަތިން ޙަވާލުކުރަން ވާނެކަމަށް ބުނެފައިވެއެވެ.
52ޝަރުޢީ ހަމަތަކުގެ މަތިން ކާވެންޏެއް ފުރިހަމަވުމަށް ވަލީ އޮންނަންޖެހެއެވެ. އާއިލާއާބެހޭ ޤާނޫނުގެ ދަށުން ކާވެނީގެ ވަލީ ދެގޮތަކަށް ފުރިހަމަ ކުރެވިދާނެއެވެ. ފުރަތަމަ ގޮތަކީ، ނަސަބުގެގޮތުން ވަލީއަރާ މީހަކު ވަލީދިނުމެވެ. ދެވަނަ ގޮތަކީ، ޙާކިމުގެ ވަލީ އޮތުމެވެ. އާއިލާއާބެހޭ ޤާނޫނުގެ 9 ވަނަ މާއްދާގެ (ށ)ގެ (2) ވަނަ ނަންބަރަށް ރިޢާޔަތްކުރުމުން، ނަސަބުގެގޮތުން ވަލީއަރ މީހަކާ މަގުބޫލު ސަބަބެއްނެތި، ވަލީ ދިނުމަށް އިންކާރުކުރާ ޙާލަތުގައި، އެފަދަ އަންހެނެއްގެ ކާވެނި ޙާކިމުގެ ވަލީއަށް ކުރެވިދާނެކަން އެނގެއެވެ.
53އާއިލާއާބެހޭ ޤާނޫނުގެ 3 ވަނަ މާއްދާގެ (ށ)ގައި، އެ ޤާނޫނުގެ 9 ވަނަ މާއްދާގެ (ށ)ގައި ބުނެފައިވާ ޙާލަތުތަކުގައި، އެމާއްދާގެ (ނ)ގައި ބުނެފައިވާ ގޮތުގެމަތިން ޙާކިމުގެ ވަލީ، ޝަރު ޢީ މައުޒޫނއު ޙލުވަލުކުރުމުން ކާވެނި ކޮށްދެވނެކަމަށާއޭ، ވަލީވެރިޔާ އެހެންމީހަކު ވަލާ ޙަވާލުކުރީ ޙާލަތުތަކުގައި ވަލީ ޙަވާލުކުރެވޭމީހާ ހާޒރުވުމުން، އެޤާނޫނުގެ 3 ވަނަ މާއްދާގެ (ހ)ގެ ބޭނުމަށްޓަކައި ވަލީވެރިޔާ ހާޒިރުވީކަމަށް ބެލޭނެ ކަމަށެވެ.
54އާއިލާއާބެހޭ ޤާނޫނުގެ 19 ވަނަ މާއްދާގެ (ހ)ގައި، ދިވެހިރާއްޖެއާއި ރާއްޖެއިން ބޭރުގައި ދިވެހިރައްޔިތުން ކުރާކާވެނި، އެ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ރަޖިސްޓަރީ ކުރަންވާނެކަމަށް ބުނެފައިވެއެވެ. އަދި އެ މާއްދާގެ (ށ)ގައި، އާއިލާއާބެހޭ ޤާނޫނާ ޚިލާފަށް ކޮށްފައިވާ އެއްވެސް ކާވެންޏެއް، އެ ޤާނޫނުގެ ދަށުން ރަޖިސްޓަރީ ނުކުރެވޭނެކަމަށް ބުނެފައިވެއެވެ.
55އާއިލާއާބެހޭ ޤާނޫނުގެ 19 ވަނަ މާއްދާއާއި 13 ވަނަ މާއްދާ އެކުއެކީގައި ކިޔުމުން، ދިވެހިރާއްޖެއިން ބޭރުގައިކުރާ ކާވެންޏަކ ޤާނޫނީ ހަމަތަކުގެމަތިން ގަބޫލުކުރާ ކާވެންޏެއްކަން އެނގޭއިރު، އެފަދަ ކާވެންޏެއް ބާޠިލުވާނީ އިސްލާމީ ޝަރީޢަތގައު ފުރިހަމަވާންޖެހޭ ޝަރުޠެއް، އެފަދަ ކާވެންޏެއްގައި ފުރިހަމަވެފައި ނުވާނަމައެވެ.
56އާއިލާއާބެހޭ ޤާނޫނުގެ 14 ވަނަ މާއްދާގައި، ކާވެނިކުރުމުގެ ހުއްދަދޭނީ، ކާވެނީގެ ރަޖިސްޓްރާރކަމަށާއި، ކާވެނީގެ ރަޖިސްޓްރާރގެ ހުއްދަނެތި އެއްވެސް ކާވެންޏެއް ޢަޤުދުކޮށްދީގެނ ނުވާނެކަމަށް ބުނެފައިވުމުން، ރަޖިސްޓްރާރގެ ހުއްދަ ހޯދަންޖެހެނީ ދިވެހިރާއްޖޭގައިކުރާ ކާވެންޏަށްކަން އެނގެއެވެ. އެހެނީ، ދިވެހިރާއްޖެއިން ބޭރުޤައުމެއްގެ ފަސްގަނޑުގައި ދިވެހިރާއްޖޭގެ ޤާނޫނެއް ނުހިންގޭނެއެވެ. ދިވެހިރާއްޖޭގެ ޤާނޫނު ހިނގާނީ ދިވެހިރާއްޖޭގެ ސަރަޙައްދުގެ ތެރޭގައި ނުވަތަ ދިވެހިރާއްޖެއިން ބޭރުގައިތިބި ދިވެހި ރައްޔިތުންގެ މައްޗަށެވެ. ދިވެހިން ނަކަށ އެހެން ޤައުމަކަށްގޮސް ދިވެހިރާއްޖޭގެ އާއިލާއާބެހޭ ޤާނޫނާއި އެ ޤާނޫނުގެ ދަށުންހަދާ ގަވާއިދެއް އެހެންޤައުމެއްގައ ކާވެނި ޢަޤުދުކުރަންތިބި ބައެއްގެ މައްޗަކަށް ނުހިންގޭނެއެވެ. ދުނިޔޭގެ އެހެން ޤައުމުތަކުގައި ކާވެނިކުރާނީ އެ ޤައުމެއްގެ ޤާނޫނާއި ގަވާއިދާ އެއްގޮތަށެވެ. އެފަދަ ކާވެންޏެއްކުރަނ ދީ މުސްލިމުން ކަމަށްވާނަމަ، އިސްލާމީ ޝަރީޢަތާ އެއްގޮތަށް އެ ކާވެންޏެއްކުރާނީ، އެ ޤައުމެއްގެ ޤާނޫނާ ގަވާއިދާ އެއްގޮތަށެވެ.
57ރާއްޖެއިންބޭރު ޤައުމުތަކުގައިވެސް މުސްލިމުންނަށް ކާވެނިކުރެވޭނެ ޤާނޫނީމަގު އޮވެއެވެ. އެގޮތުން އެ ޤައުމެއްގެ ރައްޔިތުންނާއި އެހެން ޤައުމުގެ ރައްޔިތުންނަށްވެސް ކާވެނިކުރުމުގެ ފުރުޞަތު ބައެއްޤައުމުތަކުގައި އޮވެއެވެ. އަދި ޤައުމެއްގެ ރަސްކަލަކީ ނުވަތަ ރައީސަކީ ނުވަތަ ވެރިޔަކީ މުސްލިމަކަށް ނުވިނަމަވެސް، އިސްލާމީ ޝަރީޢަތާ އެއްގޮތްވާ ގޮތުގެމަތިން، އެހެން ޤައުމުތަކުގައިވެސް ޙާކިމުގެ ވަލީއަށް ކާވެނި ކުރެވޭނެ ޤާނޫނީ އިންތިޒާމުތައް އެ ޤައުމުތަކުގައި ހަމަޖެހިފައިވެއެވެ.
58މިސާލަކަށް، ސިންގަޕޫރުގއަ މިވަގުތުހުރި ރައސީކީ މުސްލިމެއްނޫނެވެ. ނަމަވެސް ސިންގަޕޫރަށް މިނިވަންކަން ލިބުނީއްސުރެ މުސްލިމު އެތަކެއް ރައްޔިތުންނެއް އެ ޤައުމުގައި އެބަތިއްބެވެ. ސިންގަޕޫރުގައިވެސ އިސްލާމް ޝަރީޢަތާ އެއްގޮތަށް މުސްލިމުން ކާވެނިކުރެއެވެ. ހަމައެގޮތަށް، ސްރީލަންކާގެ ވެރިޔަކަށް މިވަގުތުހުރީ މުސްލިމެއްނޫނެވެ. ނަމަވެސް، ސްރީލަންކާގައި މުސްލިމު ރައްޔިތުން އެބަތިއްބެވެ. އަދި އެ ރައްޔިތުންނަށް ޙާކިމުގެ ވަލީއަށް ކާވެނި ކުރެވެއެވެ.
59HN8މި ނިންމި މުގު 45 ވަނަ ނުކުތާ ގައިވާ ޤާނޫނީ އުޞޫލުގެ އަލީގައި، އާއިލާއާބެހޭ ޤާނޫނުގެ 19 ވަނަ މާއްދާގެ ޢިބާރާތށަ ބަލާއިރު، އެ މާއްދާގައިވަނީ ރާއްޖެއިން ބޭރުގައިކުރާ ކާވެނި ރަޖިސްޓަރީކުރުމުގެ އުޞޫލެވެ. ޝަރުޢީ ހަމަތަކުގެމަތިން ކާވެނި ޞައްޙަވުމުގެ އުޞޫލެއްނޫނެވެ. ކާވެނި ޞައްޙަވުން ބިނާވާނީ އާއިލާއާބެހޭ ޤާނޫނުގެ 9 ވަނަ މާއްދާގެ ރުކުންތައް ފުރިހަމަވުމާއެކު، އެ ޤާނޫނުގެ 13 ވަނަ މާއްދާއާ ޚިލާފުނުވުމުގެ މައްޗަށެވެ. އެހެންކަމުން، ދިވެހިރާއްޖެއިން ބޭރުގައިކުރާ ކާވެންޏކަ އާއިލާއާބެހޭ ޤާނޫނުގެ 9 ވަނަ މާއްދާގައިވާ ރުކުންތއަ ފުރިހަމަވެފައިވާ ކާވެންޏެއް ކަމުގައިވާނަމަ، އެ ކާވެންޏެއް ޞައްޙަކަމަށް ބަލަންޖެހޭނެއެވެ. އެފަދަ ކާވެންޏެއ ބާޠިލުކަމަށް ބެލެވޭނީ ކާވެންޏެއް ބާޠިލުވާފަދަ އިތުރު އެހެނ ޤާނޫނީ ނުވަތަ ޝަރުޢީ ސަބަބެއް އޮތްކަން ސާބިތުވުމުންކަމަށް ދެކެމެވެ.
60ދިވެހިރާއްޖޭގެ ހައިކޯޓުގެ ޢަބްދުއްސައްތާރު xxxxxx ވ. ޢާއިޝަތު xxxxxxx (2003/HC-A/03) (މީގެފަހުން "ޢަބްދުއްސައްތާރު މައްސަލަ"ކަމަށް ބުނެފައިވާ) ޤަޟިއްޔާއަކީ، އާއިލާއާބެހޭ ޤާނޫނާ 2000 ވަނަ އަހަރު ފާސްކޮށް ޢަމަލުކުރނަ ފެށުމަށްފަހު ނިންމާފައިވާ މައްސަލައެކެވެ. އެ ޤަޟިއްޔާއަކީ، އިސްތިއުނާފުކުރާ ފަރާތާ އާ އިސްތިއުނާފި ރައްދުވު ފަރާތުން އިންޑިއާގައި ކާވެނިކުރުމަށްފަހު، އެ ކާވެނި ދިވެހިރާއްޖޭގައި ރަޖިސްޓަރީ ކުރުމަށް ހުށަހެޅުމުން، އެ ކާވެންޏަކީ އާއިލާއާބެހޭ ޤާނޫނުގެ 12 ވަނަ މާއްދާއާ ޚިލާފަށް، އަދި ކާވެނީގެ ރަޖިސްޓުރާރގެ ހުއްދަނެތި ޢުމުރުން 18 (އަށާރަ) އަހަރު ނުފުރޭ ކުއްޖަކާއެކު ކޮށްފައިވާ ކާވެންޏެއްކަމަށް ޢާއިލާއާބެހޭ ކޯޓުގެ އިދާރީ ނިންމުމަކުނު ކަނޑައަޅެމުން ބަލާފައިވާ މައްސަލައެކެވެ.
61ބުނެވިދިޔަ މައްސަލައިގެ ޝަރީޢަތަށް ފާހަގަކުރެވުނު ނުކުތާތަކުގެ އަށްވަނަ ކަމެއްގެގޮތުގައި، މައްސަލައިގެ ޚަޞްމުން އިންޑިއާގައި ކާވެނިކޮށްދިނ އިސްލާމީ ޖަމާޢަތަކުންކަމާއި، ކާވެނިކޮށްދިން މައުޒޫނު، ކާވެނި ކޮށްދީފައިވަނީ ދެމީހުންނާއި 2 (ދޭއް) ހެކިވެރިންގެ ހާޒިރުގައިކަމާއި، ދެމީހުން ކާވެންޏަށް ރުހިގަބޫލު ވެގެންކަމާއި، ކާވެނީގެ ރަން ބަޔާން ކޮށްފައިވާކަމާއި، ކާވެނި ކޮށްފައިވަނީ ޢާއިޝަތުގ ބައްޕަގެ ރުހުމާއި ގަބޫލުގައިކަން އެނގި ސާބިތުވާކަމާއި، ކާވެނިކުރާ ދެމީހުންގެ ދެމެދުގައި ކާވެނި ދާއިމީކޮށް ނުވަތަ ވަގުތީގޮތުން ޙަރާމްވާފަދަ ސަބަބެއް އޮތްކަން ސާބިތުނުވާތީ، އެ ދެމީހުންގެ ކާވެންޏަކީ ޝަރީޢަތުގެ ޞައްޙަމަގުނ ކޮށްފައިވް ކާވެންޏެއްކަމަށް ބަޔާންކޮށްފައިވެއެވެ. މި ނުކުތާގައި ޝަރީޢަތުން ބަލާފައިވަނީ، އާއިލާއާބެހޭ ޤާނޫނުގެ 9 ވަނަ މާއްދާގައިވާ ރުކުންތައް ފުރިހަމަ ވެފައިވޭތޯއާއި، ކާވެނި ޢަޤުދު 15 ފެބްރުއަރީ 2006 ތާރީޚުލިޔެ ޝާއިޢުކޮށްފައިވާ ޢާއިލާއާބެހޭ ޤަ ވާޢި ދ (އުވާލާފައި)ގެ 85 ވަނަ މާއްދާގައި، މީލާދީގޮތުން 18 އަހަރު ވެފައިނުވާ ކުދިންގެ ކާވެނި ކޮށްދިނުމުގައި ކުރިން ޢަމަލުކުރި އިޖުރާއަތު ބަޔާންކޮށްފައިވެއެވެ. ޢަބްދުއްސައްތާރު މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ބެލިއިރު ކާވެނިކުރުމުގެ އެންމެ ހަގުޢުމުރަކީ މީލާދީގޮތުން 16 (ސޯޅަ) އަހަރެވެ. ކުރެވިފައިވަނީ އެ ޤާނޫނުގެ 3 ވަނަ މާއްދާއާ އެއްގޮތަށްތޯއާއި، އެ ޤާނޫނުގެ 13 ވަނަ މާއްދާގެ ދަށުން ކާވެނި ބާޠިލުވާފަދަ ސަބަބެއް އޮތްތޯއެވެ.
62ހަމައެއާއެކު، އެ ޤަޟިއްޔާގައި އެގާރަވަނަ ކަމެއްގެގޮތުގައި، އާއިލާއާބެހޭ ޤާނޫނުގެ 13 ވަނަ މާއްދާގައި، ބާޠިލު ކާވެންޏަކ އިސްލާމީ ޝަރީޢަތުގައި ފުރިހަމަވާންޖެހޭ ޝަރުޠުތައް ފުރިހަމަވެފައިނުވާ ކާވެނިކަމާއި، ޢަބްދުއްސައްތާރުއާއި ޢާއިޝަތުގެ ކާވެންޏަކ ޝަރުޢީ ހަމަތަކާ އެއްގޮތްވާ ގޮތުގެމަތިން ކޮށްފައިވާ ކާވެންޏެއްކަމަށްވުމުން، އެ ކާވެންޏަކީ ބާޠިލު ކާވެންޏެއްކަމަށ ނުބެލެވޭނެކަމަށް ބަޔާން ކޮށްފައިވެއެވެ. އަދި މީލާދީގޮތުން 18 (އަށާރަ) އަހަރު ނުފުރޭމީހަކު ކާވެނީގެ ރަޖިސްޓްރާރގެ ހުއްދަނެތި ޝަރުޢީ ހަމަތަކުގެ މަތިންކުރާ ކާވެންޏަކީ ބާޠިލު ކާވެންޏެއްކަމަށް، ކާވެނިކޮށްދޭ އެންމެހަގ ޢުމުރު ބަޔާންކޮށްފައިވާ އާއިލާއާބެހޭ ޤާނޫނުގެ 4 ވަނަ މާއްދާގައި ކަނޑައަޅާފައި ނުވާތީއާއި، ކާވެނީގެ ރަޖިސްޓްރާރގެ ހުއްދަނެތިކުރާ ކާވެންޏަކީ ބާޠިލު ކާވެންޏެއްކަމަށް ބުނެވޭނއެއްވެސެ މާއްދާއެއް އާއިލާއާބެހޭ ޤާނޫނުގައިވެސް އަދި އެ ޤާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުގައިވެސް ނެތްކަމަށެވެ. އެހެންކަމުން، ޢަބްދުއްސައްތާރއާއި ޢާއިޝަތުއަކީ ދެމަފިރިން ނޫންކަމަށް ޢާއިލާއާބެހޭ ކޯޓުން އަންގަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތަށްކަމަށް ނުފެންނަކަމަށް ކަނޑައަޅައި، އެ ނިންމުން ބާޠިލު ކޮށްފައިވެއެވެ. އަދި އާއިލާއާބެހޭ ޤާނޫނުގެ 12 ވަނަ މާއްދާއާ ޚިލާފަށްކަމަށްބުނެ އިދާރީގޮތުން ޖޫރިމަނާ ކުރިކުރުންވެސް ބާޠިލު ކޮށްފައިވެއެވެ.
63ޢަބްދުއްސައްތާރު މައްސަލައިގައި ކަނޑައަޅުއްވާފައިވާ އުޞޫލަކީ، އާއިލާއާބެހޭ ޤާނޫނުގެ 9 ވަނަ މާއްދާގައިވާ ރުކުންތަކުގެ އިތުރުން، ކާވެނި ޢަޤުދުކުރެވޭ މަޖިލީހުގައި ކާވެނިކުރެވޭ މީހުންނާއި، ހެކިވެރިންނާއި މައުޒޫނު ހުރުމާއެކު، ދެމީހުންގެ ދެމެދުގައި ކާވެނި ޙަރާމްވާފަދަ ގުޅުމެއް ނެތެ ނަމަ، ޝަރުޢް އަދި ޤާނޫނީ ހަމަތަކުން ރާއްޖެއިން ބޭރުގައިކުރާ ކާވެނި ޤާނޫނުގައިވާ ގޮތުގެމަތިން ޞައްޙަވުމެވެ. އަދި ދެ އަނތްބަށް ކާވެނިކުރުމާއި، ކާވެނިކުރެވޭ އަންހެނާއަކީ 18 (އަށާރަ) އަހަރުން ދަށުގެ އަންހެނަކަށްވުމާއި، އިދާރީ އިޖުރާއަތު ފުރިހަމަނުވުމަކީ އައިލާއާބެހޭ ޤާނޫނުގެ 13 ވަނަ މާއްދާގެ ދަށުން، ކާވެންޏެއް ޝަރުޢީގޮތުން ބާޠިލުކަމަށް ބެލެވޭނެ ސަބަބެއްނޫންކަމެވެ.
64ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަހުލާ xxxx ވ. ޔޫސުފް xxxxxxxxx (2015/HC-A/392) (މީގެފަހުން "ނަހުލާ މައްސަލަ"ކަމަށް ބުނެފައިވާ) ޤަޟިއްޔާއަކީ، ނަހުލާއާއި ޔޫސުފް ދިވެހިރާއްޖެއިން ބޭރުގައި ކާވެނިކޮށް، "ރާއްޖެއިން ބޭރުގައި ކުރާ ކާވެނި ރަޖިސްޓަރީކުރުމަށް އެދި ހުށަހަޅާފޯމް" 02 ފެބްރުއަރީ 2015 ދުވަހު ހުށަހެޅުމުން، ފެމިލީ ކޯޓުގެ ނަންބަރު D1/2015/68 (07 މެއި 2015) "ކާވެނިފޯމްގެ ޖަވާބު"ގައި، ފެމިލީ ކޯޓުގައި ކާވެންޏާއ ވަރި ރަޖިސްޓަރީ ކުރުމާބެހޭ ގަވާއިދުގެ 31 ވަނަ މާއްދާގެ
(ރ)ގައި ބަޔާންކޮށްފައިވާ ވަލީވެރިޔާގެ ރުހުން ލިބިފައިވާކަމުގެ ލިޔުމެއް ފޯމާއެކު ހުށަހަޅާފައި ނުވާތީއާއި، އެ ކާވެނީގެ ވަލީވެރިޔާ xxxxxxxx ކާވެންޏަށް ނުރުހޭކަމަށްބުނ ކޯޓަށެ ބަޔާން ދީފައިވާތީ، ކާވެނި ރަޖިސްޓަރީ ކުރުމަށް ހުށަހަޅާފައިވާ ފޯމު ކުރިއަށް ގެންދެވެން ނެތްވާހަކަ، ކާވެނީގެ ރަޖިސްޓްރާރ އެންގެވުމުން، އެ ކާވެންޏާމެދު ގޮތެއް ކަނޑައޅައިދިނުމަށްއެދަ، ނަހުލާގެ ފަރާތުން ހުށަހެޅި މައްސަލަ ބައްލަވާފައިވާ ފެމިލީ ކޯޓުގެ ނަންބަރު 1114/Fm-C/2014 ޤަޟިއްޔާ ގެ އިސްތިއުނާފީ މައްސަލައެވެ.
65ފެމިލީ ކޯޓުގެ ނަންބަރު 1114/Fm-C/2014 ޤަޟިއްޔާގައި، ނަހުލގާ ބައްޕަގެ ފަރާތުން 20 އޮގަސްޓު 2015 ދުވަހު ދީފައިވާ ބަޔާނުގައި، ނަހުލާއާއި ޔޫސުފްއާ ކާވެނިކުރުމަށް ރުހޭކަމަށްބުނެ އަނގަބަހުން ނުވަތަ ލިޔުމުންވެސް ވަލީ ދީފައިނުވާނެކަމަށާއި، އެއީ ވަލީދިނުމަށް އެދިފައިނުވާތީ ކަމަށާއި، ނަހުލާ ބޭނުންނަމަ ޔޫސުފްއާ ކާވެނިކުރުމަށް ވަލީދިނުމަށް އިންކާރު ނުކުރާނެކަމަށާއި، މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ބަޔާން ދީފައިވާނެކަމަށާއި، އެ ދެމީހުން ކާވެނި ކޮށްފައި ވާކަމަށްބުނެ ނަހުލާގެ މަންމަ ލިޔުމެއް ދައްކާފައިވާކަމަށާއި، އެއަށްފަހުވެސް އެ ދެމީހުން ވަލީނެތ ކާވެނިކުރި މައްސަލައެއް އެއްވެސް މުއައްސަސާއަކަށް ހުށަހަޅާފައި ނުވާނެކަމަށް ނަސަބުގެ ވަލީވެރިޔާ ބުނެފައިވެއެވެ. އެއަށްފަހުގައި ހަމައެބަޔާނުގައި، ވަލީވެރިޔާއަށ އެނގިގެން ނަހުލާ ކާވެނި ކޮށްފައިނުވާތީ، ލަންކާގައިކުރި ކާވެންޏާމެދު ނުރުހޭކަމަށާއި، އެ ކާވެނި ރަޖިސްޓަރީ ކުރުމަށްވެސް ނުރުހޭކަމަށް ބުނެފައިވެއެވެ. މި މައްސަލައިގައި ސްރީލަންކާގައި ކޮށްފައިވާ ކާވެނީގެ ސެޓްފިކެޓުގެ ޞައްޙަކަން ޝަރީޢަތުގެ ފަރާތުން އިދާރީގޮތްގޮތުން ކަށަވަރު ކުރައްވާފައިވެއެވެ.
66ނަހުލާ މައްސަލައިގެ ފެމިލީ ކޯޓުގެ ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާ 11 ގައި، ރާއްޖެއިން ބޭރުގައިކުރާ ކާވެނި ރަޖިސްޓަރީ ކުރުމުގެކުރިން ފުރިހަމަވާންޖެހޭ ކަންކަން ބަޔާންކޮށްފައިވާކަމަށް ބުނެފައިވެއެވެ. އެގޮތުން، 15 ފެބްރުއަރީ 2006 ދުވަހު ޝާއިޢުކޮށްފައިވާ "ޢާއިލާއާބެހޭ ޤަވާޢިދު"ގެ 27 ވަނަ މާއްދާގައި، ވަލީވެރިޔާގެ ރުހުން ލިބިފައިވާންޖެހޭކަމަށ ބަޔާން ކޮށްފައިވާކަމަށާއި، ނަހުލާއާއި ޔޫސުފް 01 އޮކްޓޯބަރ 2014 ދުވަހު ކާވެނިކޮށްފައިވަނީ ވަލީވެރިޔާގެ ރުހުން ލިބިގެންކަން، އެ މައްސަލައިގައި ހުށަހަޅާފައިވާ ސްރީލަންކާގެ ކާވެނީގެ ސެޓްފިކެޓަށ ބެލުމުން އެނގޭކަމަށް ކަނޑައަޅުއްވާފައިވެއެވެ.
67ހަމައެނުކުތާގައި، ރާއްޖެއިން ބޭރުގައިކުރާ ކާވެނިތަކުގެ ވަލީ ހަމަޖައްސާނެ ވަކިއިޖުރާއަތެއް ޤާނޫނުގައި ބަޔާންކޮށްފައި ނުވާކަމަށް ބުނެފައިވެއެވެ. އެ މައްސަލައިގައިވާ ދެމީހުން ކާވެނިކޮށްފައިވަނީ ވަލީވެރިޔާގެ ރުހުން ލިބިގެންކަމަށް މުސްލިމުން ކަވެނިކޮށްދިނުމަށ ހުއްދް ސްރީލަންކާގެ ސަރުކާރުން ދީފައިވާ ފަރާތެއްގެ ރަސްމީ ލިޔުމެއްގައި ލިޔެފައިވަނިކޮށް، ކާވެނި ކުރެވިފައިވަނީ ވަލީވެރިޔާގެ ރުހުންނެތިކަމަށް ޝަރީޢަތުން ކަނޑައެޅޭނީ އެކަން ޝަރުޢީ ހަމަތަކުގެމަތިން ސާބިތު ކޮށްދިނުމުންކަމަށް ބުނެފައިވެއެވެ. ނަހުލާއާއި ޔޫސުފްގެ ކާވެންޏަށް ވަލީވެރިޔާގެ އެއްވެސް އިޢުތިރާޟެއް ނެތްކަމަށްބުނެ ސޮއިކޮށް އިނގިލީގެ ނިޝާން ޖަހާފައިވާ ލިޔުމެއް ހުށަހެޅި، އެ ލިޔުމުގެ މައްޗަށް ބިނާކޮށް ކާވެނިކޮށްފައިވަނިކޮށް، އަދި އެ ލިޔުމަކީ ފެމިލީ ކޯޓުގެ ނަންބަރު 1114/Fm-C/2014 ޤަޟިއްޔާ. މީގެފަހުން "ޢާއިލާއާބެހޭ ޤަވާޢދި (އުވާލާފައި)"ކަމަށް ބުނެފައިވާ. ފެމިލީ ކޯޓުގެ ނަންބަރު 1114/Fm-C/2014 ޤަޟިއްޔާގެ 11 ވަނަ ނުކުތާގެ (ށ). ފެމިލީ ކޯޓުގެ ނަންބަރު 1114/Fm-C/2014 ޤަޟިއްޔާގެ 11 ވަނަ ނުކުތާގެ (ނ). ފެމިލީ ކޯޓުގެ ނަންބަރު 1114/Fm-C/2014 ޤަޟިއްޔާގެ 11 ވަނަ ނުކުތާގެ (ރ). ފެމިލީ ކޯޓުގެ ނަންބަރު 1114/Fm-C/2014 ޤަޟިއްޔާގެ 11 ވަނަ ނުކުތާގެ (ޅ). ފޯޖް ކޮށްފައިވާ ލިޔުމެއްކަން ސާބިތު ކުރެވޭވަރަށް ހެކިގަރީނާ ލިބިފައިނުވާކަން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ސިޓީއިން އެނގޭއިރު، އެ ލިޔުމަކީ ފޯޖް ކޮށްފައިވު ލިޔުމެއްކަމަށާއި، އެ ކާވެންޏާމެދު ނުރުހޭކަމަށް ނަހުލާގެ ބައްޕަ ބުނާބުނުމަކީ އެ ކާވެނީގެ ސެޓްފިކެޓުގައި ހިމަނާފައިވާ މަޢލޫމު ތ ނަފީކުރެވޭނާ ޤާނޫނީ ހުއްޖަތެއް ނޫންކަމަށާއި، ނަހުލާއާއި ޔޫސުފް 01 އޮކްޓޯބަރ 2014 ދުވަހު ކޮށްފައިވާ ކާވެންޏަކީ ޞައްޙަ ކާވެންޏެއްކަމަށް ކަނޑައަޅައި، އެ ކާވެނި ރަޖިސްޓަރީ ކުރުމަށްއެދި މައްސަލަ ނިންމި ތާރީޚުން ފެށިގެން 2 (ދޭއް) ހަފުތާ ތެރޭގައި ހުށަހަޅައިފިނަމަ، އެ ކާވެނި ރަޖިސްޓަރީ ކުރުމަށް ކަމާބެހޭ ފަރާތްތަކަށް އަންގަވައި ފެމިލީ ކޯޓުން ޙުކުމް ކުރައްވާފައިވެއެވެ.
68ނަހުލާގެ މައިގަނޑު އިސްތިއުނާފީ ނުކުތާއަކީ، މައްސަލަ ނިންމަވާފައިވަނީ "ޢާއިލާއާބެހޭ ޤަވާޢިދު(އުވާލާފައި)"ގެ 27 ވަނަ މާއްދާގެ (ނ)އާއި، އެ ގަވާއިދުގެ 29 ވަނަ މާއްދާއއާ ޤާނޫނި ނަންބަރާ 76/24 (ހެއްކާބެހޭ ޤާނޫނު)ގެ 5 ވަނަ މާއްދާއާ ޚިލާފަށްކަމަށެވެ. ބުނެވިދިޔ "ޢާއިލާއާބެހޭ ޤަވާޢިދު(އުވާލާފައި)"ގެ 27 ވަނަ މާއްދާގެ (ނ)ގައި، ރާއްޖެއިން ބޭރުގައިކުރާ ކާވެނި ރަޖިސްޓަރީ ކުރުމަށް ވަލީވެރިޔާގެ ރުހުން ލިބެންވާނެކަމަށް ބަޔާންކޮށްފައި ވާކަމަށެވެ. އަދި އެ ގަވާއިދުގެ 29 ވަނަ މާއްދާގައި، ދިވެހި އަންހެނަކު ރާއްޖެއިން ބޭރުގައިކުރާ ކާވެނީގައި ވަލީވެރިޔާގެ ރުހުން ލިބިފައިވާކަން އެނގެން ނެތްނަމަ، އެކާވެނ ކޯޓުގައި ރަޖިސްޓަރީ ކޮށްދެވޭނީ ވަލީވެރިޔާގެ ރުހުން ލިބުމަށްފަހުކަމަށް ބުނެފައިވާކަމަށެވެ.
69ނަހުލާ މައްސަލައިގެ ޝަރީޢަތަށް ފާހަގަކުރެވުނު ހަތަރުވަނަ ކަމެއްގެގޮތުގައި، ނަހުލާގެ ބައްޕަގާތުގައި ނަހުލާ ކާވެނިކުރި ވާހަކާ ބުނެފައިނުވާކަމަށާއި، މިއީ ނަހުލާގެ 4 (ހަތަރެއް) ވަނަ ކާވެނިކަމަށާއި، ފުރަތަމަ ކާވެނިކުރި ހިސާބުން ފެށިގެން ނަހުލާ ކޮންމެ މީހަކާ ކާވެނިކުރަން ބޭނުންވިޔަސް ވަލީދޭނެކަމަށް ނަހުލާ ފެމިލީ ކޯޓުގެ ނަންބަރު 1114/Fm-C/2014 ޤަޟިއްޔާގެ 11 ވަނަ ނުކުތާގެ (ކ). ފެމިލީ ކޯޓުގެ ނަންބަރު 1114/Fm-C/2014 ޤަޟިއްޔާގެ 11 ވަނަ ނުކުތާގެ (އ). ގާތުގައި ވަލީވެރިޔާ ބުނެފައިވާކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ނަހުލާ ބުނެފައިވާއިރު، އެ ދެމީހުންގެ ކާވެނި ރަޖިސްޓަރީ ކޮށްދިނުމަށް ކާވެނީގެ ރަޖިސްޓްރާރ އިންކާރު ކޮށްފައިވަނީ ވަލީ ލިބިފައި ނުވާކަމަށްބުނެކަނ އެނގޭކަމަށް ބަޔާންކޮށްފައިވާއިރު، ދަށުކޯޓަށް ވަލީވެރިޔާ ދިނބަޔާނުގައިވ ކަންކަނާ ތަކުރާރުކޮށް، އެކަން ޝަރީޢަތުން ފާހަގަ ކޮށްފައިވެއެވެ.
70އެއަށްފަހު، އެ މައްސަލައިގެ ފަސްވަނަ ކަމެއްގެ ގޮތުގައި، ހެއްކާބެހޭ ޤާނޫނުގެ 5 ވަނަ މާއްދާގައި، "ޝަރީޢަތުން ނުވަތް ޤާނޫނުން ލިޔުމެއް އޮތުން ލާޒިމުކުރާ ކަމެއްގައި ހެއްކެއް ކަމުގައި ބެލެވޭނީ ހަމައެލިޔުމެއް ކަމުގައި" ބަޔާންކޮށްފައި ވާކަމަށާއި، ޝަރީޢަތުން ކަންކަން ސާބިތުކުރުމުގެ މުޠުލަޤުބާރު އެއަށް ލިބިފައިވާ ވަސީލަތްތަކުގެ ތެރޭގައި ހިމެނޭ ވަސީލަތެއް ނުވަތަ އެފަދަ ލިޔުމަކީ ޙަޤީޤަތާ ޚިލާފު ދޮގު (ފޯޖް) ލިޔުމެއްކަން ނުވަތަ އެނޫން އެހެންގޮތެއް ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން ސާބިތުނުވާހައި ހިނދަކު، އޭގެ ހުއްޖިއްޔަތު ވެއްޓިގެން ނުދާނެ ލިޔުމެއްކަމާއި، ސުޕްރީމް ކޯޓުގެ 2010/SC-A/17 ޤަޟިއްޔާއަށް ރިޢާޔަތްކޮށް، ޝަފަހީ ހެއްކަކީ ކިތާބީ ހެއްކަށްވުރެ، ސާބިތުވުމުގެ ބާރުގެ ހައިސިއްޔަތުން ބަލި ވަޞީލަތެއްކަމަށް ކަނޑައަޅުއްވާފައި ވާކަމަ ށާއި، ޔަޤީނީ ޢިލްމު ހާސިލު ކުރެވޭގޮތަށް ހުންނަ ޤާނޫނީ ހުއްޖަތްތައް ބާޠިލު ވެގެންދާނީ އެފަދަ ޔަޤީން ހުއްޖަތަކުންކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަޟިއްޔާތަކުން ކަނޑައަޅާފައިވާކަން އެނގެން އޮތްއިރު، "ޢާއިލާއާބެހޭ ޤަވާޢިދު(އުވާލާފައި)"ގެ 27 ވަނަ މާއްދާގައި ރާއްޖެއިން ބޭރުގައިކުރާ ކާވެނި ރަޖިސްޓަރީ ކުރުމަށްޓަކައި ފުރިހަމަކުރަންޖެހޭ ކަންކަން ބަޔާންކޮށްފައި ވާކަމަށެވެ. އެގޮތުން، އެ މާއްދާގެ (ކ)އިން "ސެޓްފިކެޓް ދޫކުރިފަރާތުގެ ނަމާއި ސޮއި އޮތުން" ލާޒިމުކުރާއިރު، 01 އޮކްޓޯބަރ 2014 ދުވަހު ނަހުލާއާއި ޔޫސުފް ކުރި ކާވެންޏަކީ ޝަރުޢީ ހަމަތަކާ އެއްގޮތްވާ ގޮތުގެމަތިން ކާވެނިކުރާ އަންހެނާގެ ބައްޕަގެ ރުހުމާއެކު ކުރެވިފައިވާ ކާވެންޏެއްކަމަށް "ސަރޓިފިކޭޓ އޮފް ނިކާޙް"ގައި ބަޔާން ކޮށްފައިވާއިރު، އެ ކާވެންޏާމެދު ވަލީވެރިޔާ އިންކާރާ ނުކުރާކަމަށްލިޔެ ސޮއިކޮށް ފިންގަރ ޕްރިންޓް ޖަހާފައިވާ ލިޔުމެއްގެ ޞައްޙަކަމމެދާ އެއިރު ސުވާލު ނުއުފައްދައި، މިހާރު ސުވާލު އުފައްދައި އެކާވެނި ޞއްޙަނޫންކަމަށަ ބުނާބުނުމާއި، އެ ލިޔުމަކީ ފޯޖް ކޮށްފައިވާ ލިޔުމެއްކަން ސާބިތު ކުރެވޭވަރަށް ހެކިހުށަހެޅިފައި ނުވާކަން އެނގޭއިރު، އެ ލިޔުމަކީ ފޯޖް ކޮށްފައިވާ ލިޔުމެއްކަމަށާއި، އެ ކާވެންޏާމެދު ނަހުލާގެ ބައްޕަ މިހާރު ބުނާބުނުމަކީ ކައިވެނީގެ ސެޓްފިކެޓުގައި ހިމަނާފައިވާ މަޢުލޫމާތު ނަފީކުރެވޭވަރުގެ ހުއްޖަތެއް ނޫންކަން އެނގޭކަމަށް ކަނޑައަޅުއްވައި، ފެމިލީ ކޯޓުގެ ޤަޟިއްޔާގެ ނިންމެވުމަށް ބަދަލު ގެންނަންޖެހޭ ޝަރުޢީ އަދި ޤާނޫނީ ސަބަބެއް ނެތްކަމަށް ޙުކުމް ކޮށްފައިވެއެވެ.
71ނަހުލާ މައްސަލަ އިގެ ފެމިލީ ކޯޓުގެ ޤަޟިއްޔާގައި، ޝަރީޢަތުން ރިޢާޔަތް ކުރެއްވި ކަންކަމުގެ ތެރޭގައި، ވަލީވެރިޔާގެ ރުހުން ހޯދުމުގެ އިޖުރާއަތެއް އާއިލާއާބެހޭ ޤާނޫނާއި ގަވާއިދުގައި ނެތްކަމަށް ބަޔާންކޮށްފައިވެއެވެ. އެ މައްސަލައިގައި ވަލީވެރިޔާއާ ޝަރީޢަތުން ސުވާލުކުރުމުން ދައްކާފައިވާ ވާހަކަތަކުގައި ވަލީ ދިނުމަށް އިންކާރު ނުކުރާކަމަށް ފުރަތަމަ ބުނެފައި، ކާވެންޏަށް ނުރުހޭކަމަށް ފަހުން ބުނެފައިވާއިރު، ވަލީވެރިޔާގެ ބަހަށްވުރެބޮޑަށް ޝަރީޢަތުން ރިޢާޔަތްކޮށް ބުރަދަން ދެއްވފައިވަނާ ސްރީލަންކާގެ ކާވެނީގެ ސެޓްފިކެޓުގައިވާ މަޢުލޫމާތަށެވެ. އަދި އެ ލިޔުމުގައި ކާވެންޏަށް ވަލީވެރިޔާ ރުހޭކަމަށް ލިޔެފައިއޮތް ރަސްމީ ލިޔުމަކީ، އަންހެނާގެ ވަލީވެރިޔާއަށް ކާވެނިކުރިކަނ ނޭނގޭކަމަށް ބުނުމާއި ކާވެންޏަށް ނުރުހޭކަމަށް ބުނާބުނުމަށްވުރެ ބަލިކަށި ހެއްކެއްކަމަށް ކަނޑައަޅުއްވައި، ކިތާބީހެކީގެ މައްޗަށް ބިނާކޮށް އެ ކާވެނި ޞައްޙަކަމަށް ކަނޑައަޅުއްވާފައިވެއެވެ.
72ނަހުލާ މައްސަލއަ ގައި، ރާއްޖެއިން ބޭރުގައި ކޮށްފައިވާ ކާވެނޏަކް، އެފަދަ ކާވެންޏެއް ކުރުމަށް އެ ޤައުމަކުން ހުއްދަދީފައިވާ ފަރާތަކުންކުރި ކާވެންޏެއްކަން އިދާރީގޮތުން ކަށަވަރުކުރެވޭ ޙާލަތުގައި، ކާވެނި ރަޖިސްޓަރީ ކުރުމުގެބޭނުމަށް ނަސަބުގެ ވަލީވެރިޔާއާ ސުވާލުކުރުމުން ކާވެނިކުރިކަން ނޭނގޭކަމަށާއި ކާވެންޏަށް ނުރުހޭކަމަށް ބުނާޙާލަތުގައިވެސް، ކާވެނީގެ ސެޓުފިކެޓުގެ ކިތާބީހެކީގެ މައްޗަށް ބިނާކޮށް ކާވެނި ޞައްޙަވުމަކ ޤާނޫނީ އުޞޫލުކަމަށް ކަނޑައަޅުއްވާފައިވެއެވެ.
73ނަހުލާ މައްސަލަ އިގެ ދަށުކޯޓުގެ ނިންމުން ދިވެހިރާއްޖޭގެ ހައިކޯޓުން ދަމަހައްޓާފައިވާއިރު، އެ ޤާނޫނީ އުޞޫލަށް ބަދަލު އަންނަފަދަ އިޞްލާޙެއް ޤާނޫނަށް އައިސްފައިނުވެއެވެ. އެ މައްސަލައިގައި ފެމިލީ ކޯޓުން ރިޢާޔަތް ކުރެއްވި ޢާއިލާއާބެހޭ ގަވާއިދާ އުވާލާފައި ވީނަމަވެސް، އެ ޤަޟިއްޔާގައި ގޮތްކަނޑައެޅުމުގައި ރިޢާޔަތްކުރެއްވި މާއްދާތައް، މިހާރު ޢަމަލުކުރާ ގަވާއިދުގައި، ހަމަ އެ ޢިބާރާތުން، އެ ގަވާއިދުގެ އެހެން ނަންބަރެއްގައި އެބައޮތެވެ. މި ޙާލަތުގައި، ނަހުލާ މައްސަލައިގައި ކަނޑައަޅާފައިވަ އުޞޫލާ ޚިލާފަށް ޢަމަލު ކުރަންޖެހޭފަދަ ޤާނޫނީ ސަބަބެއްނެތެވެ.
74އިސްތިއުނާފީ މައްސަލައިގެ ފެމިލީ ކޯޓުގެ ނިންމުމުގައި، ޙަވާލާދީފައިވާ ޢާއިލާއާބެހޭ ގަވާއިދުގެ 32 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ ތިރީގައިވާ ގޮތުގެމަތިންނެވެ. ކުރިން ޢަމަލުކުރި "ޢާއިލާއާބެހޭ ޤަވާޢިދު(އުވާލާފައި)"ގެ 27 ވަނަ މާއްދާގައިއޮތީވެސް ހަމަމިޢިބާރާތެވެ.
(ހ) ކާވެނިކުރާ ދެމީހުންނަކ އިސްލާމީ ދީނުގެ ހަމަތަކުގެމަތިން ފިރިހެން މީހާއާއި އަންހެން މީހާއާއި އަންހެންމީހާގެ ކިބައިގައި ހުރުން ލާޒިމުވާ ސިފަތައްހުރި ދެމީހުން ކަމުގައިވުން.
(ށ) ކައިވެނީގެ ރަން ކަނޑައެޅިފައިވުން.
(ނ) ވަލީވެރިޔާގެ ރުހުން ލިބިފައިވުން.
(ރ) ހެކިންނަކީ ބުއްދި ފުރިހަމަވެ، ބާލިޣުވެފައިވާ މުސްލިމު ދެ ފިރިހެނުން ކަމުގައިވުން.
(ބ) ކައިވެނި ކޮށްދިން މައުޛނުގެ ނަން އެނގެން އޮތުން.
(ޅ) ކައިވެނި ކޮށްދީފައިވަނީ އެ ޤައުމެއްގެ ސަރުކާރުން މުސްލިމުން ކައިވެނި ކޮށްދިނުމުގެ ހުއްދަ ދީފައިވާ ފަރާތަކުންކަން އެނގެން އޮތުން.
(ކ) ސެޓުފިކެޓު ދޫކުރި ފަރާތުގެ ނަމާއި ސޮއި އޮތުން.
75ޢާއިލާއާބެހޭ ގަވާއިދުގެ 33 ވަނަ މާއްދާގައިވަނީ، ދިވެހި އަންހެނަކު ރާއްޖެއިން ބޭރުގައިކުރާ ކާވެނީގައި ވަލީވެރިޔާގެ ރުހުން ލިބިފައިވާކަން އެނގެން ނެތްނަމަ، އެ ކާވެނި ކޯޓުގައި ރަޖިސްޓަރީ ކޮށްދެވޭނީ ވަލީވެރިޔާގެ ރުހުން ލިބުމަށްފަހުގައެވެ. މިއީ "ޢާއިލާއާބެހޭ ޤަވޢާދ(އުވާލާފައި)"ގ 29 ވަނަ މާއްދގައިއޮތާ ޢިބާރާތެވެ.
76މިހާރު ޢަމަލުކުރާ ޢާއިލާއާބެހޭ ގަވާއިދުގެ 32 ވަނަ މާއްދާއާއި 33 ވަނަ މާއްދާއާއި "ޢާއިލާއާބެހޭ ޤަވާޢިދު(އުވާލާފައި)"ގެ 27 ވަނަ މާއްދާއާއި 29 ވަނަ މާއްދާ އެއްގޮތް ކަމަށްވުމުން، ނަހުލާ މައްސަލައިގައިވާ އުޞޫލަށް ޤާނޫނީ ބުރަދަން ދިނުމުގެ އިތުރުން، ޤާނޫނއަސާސީގު 143 ވަނަ މާއްދާގެ
(ރ)ގެ ދަށުން އެ އުޞޫލަށް ދަށުމަރުޙަލާގެ ކޯޓުތަކުން ތަބާވުން ލާޒިމުކުރާކަމަށް ދެކެމެވެ.
77މާނަކުރުމުގެ ހަމަތަކުގެ ޤާނޫނުގެ 6 ވަނަ މާއްދާގައިވާ މަޤްޞަދަށް ބެލުމުގެ އުޞޫލުގައިވަނީ، ކަނޑައެޅިގެން ވަކިބަހެއް، ނުވަތަ ޢިބާރާތެއް، ނުވަތަ ޖުމްލައެއް ބޭނުންކޮށްފައިވާގޮތަށް ބެލެމުގެ ބަދަލުގައި، އެ ޤާނޫނު ފާސްކުރުމުގައި ރައްޔިތުންގެ މަޖިލީހުން ގެންގުޅެފައިވާ މަޤުޞަދަށްބަލައި، އެ މަޤުޞަދު ދެނެގަތުމަށްފަހު، އެ މަޤްޞަދާ އެއްގޮތަށާއި، މަޤުޞަދު ކުރިއެރުވޭގޮތަށް ބަހެއް ނުވަތަ ޢިބާރާތެއް ނުވަތަ ޖުމްލައެއް މާނަކުރުމެވެ. އާއިލާއާބެހޭ ޤާނޫނުގާ 1 ވަނަ މާއްދާގައި، އެ ޤާނޫނަކީ ކާވެންޏާއި، ވަރިއާއި، އަނބިދަރިންނަށް ޚަރަދު ދިނުމާއި، ކުދިންގެ ޙޟަ ނަތާއި، ބަލަދުވެރިކަމާއި، ދަރިލެއްވުމާއި، ނަސަބު ސާބިތުކުރުމާއި، އާއިލީ ދިރިއުޅުމ ގުޅިފައިވާ އެހެނިހެން ބައެއް ކަންތައްތަކާ ގުޅޭގޮތުން ދިވެހިރާއްޖޭގައި ޢަމަލުކުރާނެ އުޞޫލުތައް ބަޔާންކުރާ ޤާނޫނުކަމަށް ބުނެފައިވެއެވެ.
78މާނަކުރުމުގެ ހަމަތަކުގެ ޤާނޫނުގެ 17 ވަނަ މާއްދާގައި، ޤާނޫނެއް މާނަކުރުމުގައި، އެ ޤާނޫނެއް އެކުލަވާލި މަޤުޞަދަށް، ނުވަތަ އެ ޤާނޫނުން ހާސިލުކުރަން ބޭނުންވާ އަމާޒުތައް ހާސިލުވާނެގޮތަށ ޤާނޫން މާނަކުރުމަށް އިސްކަން ދޭންވާނެކަމަށާއި، މަޤުޞަދު ހާސިލުނުވާގޮތަކަށް ޤާނޫނު މާނަކުރެވިގެން ނުވާނެކަމަށް ބަޔާންކޮށްފައިވެއެވެ.
79ޢާއިލާއާބެހޭ ގަވާއިދުގެ 32 ވަނަ މާއްދާގެ (ނ)އާއި، އެ ގަވާއިދުގެ 33 ވަނަ މާއްދާގައިވާ ވަލީވެރިޔާގެ ރުހުން އޮތުމަކީ، ކާވެނި ރަޖިސްޓަރީ ކުރުމަށް ބޭނުންވާ ޝަރުޠެއްކަން އެނގެއެވެ. އެ މާއްދާތަކގައިވު ޝަރުޠެއް ފުރިހަމަނުވާނަމަ، އާއިލާއާބެހޭ ޤާނޫނުގެ 13 ވަނަ މާއްދާގެ ދަށުން، ކާވެނި ބާޠިލުވާނެކަމަށް ބަޔާން ކޮށްފައިނުވެއެވެ. ހަމައެއާއެކު، އާއިލާއާބެހޭ ޤާނޫނުގެ 9 ވަނަ މާއްދާގައި، ކާވެންޏެއް ޢަޤުދުކުރުމުގައި ފުރިހަމަވާންޖެހޭ ޝަރުޠުތަކުގެ ތެރޭގައި ވަލީ ހިމެނޭއިރު، ވަލީއަކީ ހަމައެކަނި ނަސބުގަ ވަލީ ނޫންކަން އެނގެއެވެ. ސަބަބަކީ، އެ ޤާނޫނުގެ 9 ވަނަ މާއްދާގެ (ށ)ގައި، ނަސަބުގެގޮތުން ވަލީއަރާ މީހަކު ދުނިޔޭގައިހުރެމެ، މަގުބޫލު ސަބަބެއްނެތި ވަލީ ދިނުމުން މަނައުވެގެންފިނަމަ، ޙާކިމުގެ ވަލީއަށް ކާވެނިކުރެވޭނެކަމަށް ޤާނޫނުގައި ސާފުކޮށް ބަޔާން ކޮށްފައިވާތީއެވެ.
80އާއިލާއާބެހޭ ޤާނޫނުގެ 9 ވަނަ މާއްދާއާއި، ޢާއިލާއާބެހޭ ގަވާއިދުގެ 32 ވަނަ މާއްދާއާއި 33 ވަނަ މާއްދާ، އެކުއެކީގައި ކިޔުމުން ފައުޅުވާ ޙަޤީޤަތަކީ، ރާއްޖެއިން ބޭރުގައިކުރާ ކާވެނި ރަޖިސްޓަރީ ކުރުމަށް "ވަލީވެރިޔާގެ ރުހުން ލިބުން"، މިހެން އޮތުމުން، އެ މާއްދާތަކުގައިވާ "ވަލީވެރިޔާ"އަކީ ހަމައެކަނި ނަސަބުގެ ވަލީވެރިޔާކަމަށް ތަރުޖަމާކޮށް، އެ މާއްދާގައިވާ "ރުހުން ލިބުން" މި ޢިބާރާތަށް ލަފުޒީ ތަރުޖަމާއެއް ދީފިކަމުގައިވާނަމ ޤާނޫނަ ނަތީޖާ ދެކޮޅުނުޖެހޭނެކަމެވެ.
81އާއިލާއާބެހޭ ޤާނޫނުގެ 9 ވަނަ މާއްދާއާއި، 13 ވަނަ މާއްދާއިން ކައިވެންޏެއް ޢަޤުދުކުރުމުގައި ފުރިހަމަވާންޖެހޭ ޝަރުޠު ތަކުގެތެރޭގައި ވަލީ ހިމެނޭއިރު، ވަލީއަކީ ހަމައެކަނި ނަސަބުގެ ވަލީނޫންކަން ޤާނޫނު ކިޔުމުން އެނގެއެވެ. ސަބަބަކީ، އެ ޤާނޫނުގެ 9 ވަނަ މާއްދާގެ (ށ)ގައި، ނަސަބުގެގޮތުން ވަލީއަރާ މީހަކު ދުނިޔޭގައިހުރެމެ، މަގުބޫލު ސަބަބެއްނެތި ވަލީ ދިނުމުން މަނައުވެގެންފިނަމަ، ޙާކިމުގެ ވަލީއަށް ކާވެނިކުރެވޭނެކަމަށް ޤާނޫނުގައި ސާފުކޮށް ބަޔާން ކޮށްފައިވާތީއެވެ. އެހެންކަމުން، ކާވެނީގެ ވަލީ އޮތުމަކީ ކާވެނި ޞައްޙަވުމުގެ ޝަރުޠެކެވެ. މިއާޚިލާފަށް، ރާއްޖެއިން ބޭރުގައިކުރާ ކވެނާ ރަޖިސްޓރީކުރުމުގަ ބޭނުމަށް ވަލީވެރިޔާގެ ރުހުން އޮތުމަކީ، ކާވެނި ރަޖިސްޓާރީކުރުމުގެ ބޭނުމަށްއޮތް ޝަރުޠެއްކަން ޢާއިލާއާބެހޭ ގަވާއިދުގެ 32 ވަނަ މާއްދާގެ (ނ)އާއި، އެ ގަވާއިދުގެ 33 ވަނަ މާއްދާއިން އެނގޭއިރު، މިއާ އާއިލާއާބެހޭ ޤާނޫނުގެ 9 ވަނަ މާއްދާއާއި، 13 ވަނަ މާއްދާގެ ދަށުން ކވެނީގާ ޢޤުދަ ޞައްޙަވުމާއި ނުވުމުގެ މައްޗަށްބިނާވާ ޝަރުޠެއނޫނެވް.
82އާއިލާއާބެހޭ ޤާނޫނުގެ 9 ވަނަ މާއްދާގެ (ހ)ގައިވާ، ނަސަބުގެގޮތުން ވަލީއަރާ މީހަކު ދުނިޔޭގައިނެތް މީހަކު، ދިވެހިރާއްޖެއިން ބޭރުގައި ކާވެނިކުރުމަށްފަހު ރާއްޖޭގައި ކާވެނި ރަޖިސްޓަރީ ކުރުމަށްޓަކައި ނަސަބުގެ ވަލީވެރިޔާގެ ރުހުން ހޯދޭނެގޮތެއް ނުއޮންނާނއެވެ. ހަމައެހެންމެ، ނަސަބުގެގޮތުން ވަލީ ވެރިޔަކުހުރެމެ، މަގުބޫލު ސަބަބެއްނެތި ވަލީދިނުމަށް އިންކާރުކުރާ ޙާލަތުގައި، ޙާކިމުގެ ވަލީއަށް ކާވެނިކުރމުގެ ފުރުޞަތު އޮތްއިރު، ކުރިން ވަލީދިނުމަށް އިންކާރުކޮށް ރުހުންދީފައިނުވާ މީހެއްގެ ކިބައިން އަނެއްކާވެސް ރުހުން ހޯދައިގެންމެނުވީ ކާވެނި ރަޖިސްޓަރީ ނުކުރެވޭނެކަމަށް ބަލައިފިނަމަ، އާއިލާއާބެހޭ ޤާނޫނުގެ 9 ވަނަ މާއްދާގެ (ށ)ގެ (2) ވަނަ ނަންބަރުގައި ޙާކިމުގެ ވަލީއަށް ކާވެނި ކުރެވޭނެކަމަށް ޤާނޫނުގައި ކަނޑައަޅާފައިވާ މަޤުޞަދު ހާސިލެއްނުވާނެއެވެ. އަދި އެފަދައިން ތަރުޖަމާކުރާނަމަ، އަންހެނެއްގެ ނަސަބުގެ ވަލީވެރިޔަކު، މަގުބޫލު ސަބަބެއްނެތި ވަލީދިނުމަށް އިންކާރުކުރާ އަދި އެ މީހަކު އަބަދުވެސް ނުރުހޭ ޙާލަތުގައި، އެފަދަ އަންހެނަކަށ ދުވަހަކުވެސް ކާވެންޏެއް ނުކުރެވޭނެއެވެ. އިސްލާމީ ޝަރީޢަތުގައި ޙާކިމުގެ ވަލީއަށް ކާވެނިކުރުމުގެ އުޞޫލު ގާއިމުކޮށފައިވަނީ، މި ޙާލަތު މެދުވެރިވިޔަ ނުދިނުމަށްކަމަށް ދެކެމެވެ. ޙާކިމުގެ ވަލީއަށް ކާވެނިކުރާ ޙާލަތުގައި، ނަސަބުގެ ވަލީވެރިޔާގެ ރުހުން ކާވެންޏަށްފަހު ޢަމަލީގޮތުން ހޯދުމުގެ ބަދަލުގައި، ކާވެންޏަށް ޙާކިމުގެ ވަލީ ލިބިފައި އޮތުމަކީ، ވަލީވެރިޔާގެ ރުހުން އޮތުންކަމަށް ޤާނޫނީ ހަމަތަކުން ބަލަންޖެހޭނެއެވެ.
83އެހެންކަމުން، ޢާއިލާއާބެހޭ ގަވާއިދުގެ 32 ވަނަ މާއްދާގެ (ނ)އާއި، އެ ގަވާއިދުގެ 33 ވަނަ މާއްދާގައިވާ ވަލީވެރިޔާގެ ރުހުން ލިބުމުގެ ޝަރުޠާ ގުޅިގެން، މާނަކުރުމުގެ ހަމަތަކުގެ ޤާނޫނުގެ 3 ވަނަ މާއްދާގައިވާ ޢާއްމު މާނައަށް ބެލުމުގެ އުޞޫލުގެ ބަދަލުގައި، މާނަކުރުމުގެ ހަމަތަކުގެ ޤާނނުގޫ 6 ވަނަ މާއްދާއާއި 17 ވަނަ މާއްދާގައިވާ އުޞޫލުތަކުގެ އަލީގައި ތަރުޖަމާކުރަން ޖެހޭކަމަށް ދެކެމެވެ. ހަމައެއާއެކު، ޢާއިލާއާބެހޭ ގަވާއިދުގައިވާ ވަލީވެރިޔާގެ ރުހުން ނެތުމަކީ، އާއިލާއާބެހޭ ޤާނޫނުގެ 9 ވަނަ މާއްދާއާ އެއްގޮތަށް ކޮށްފައިވާ ކާވެންޏެއް، އެ ޤާނޫނުގެ 13 ވަނަ މާއްދާގެ ދަށުން ބާޠިލުކަމަށް ކަނޑައެޅޭނެ ޤާނޫނީ ސަބަބެއްނޫނެވެ. ދިވެހިރާއްޖޭގެ ހައިކޯޓުގެ ޢަބްދުއްސައްތާރު މައްސަލއާއަ ނަހުލާ މައްސަލައިގައި ބަލައިގެންފައި ވަނީވެސް ބުނެވިދިޔަ ޤާނޫނީ އުޞޫލުތަކެވެ.
84ޤާނޫނު ނަންބަރު 2015/32 (ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު)ގެ 5-60 ވަނަ މާއްދާގެ(ހ)ގައި، ހަނގުރާމަވެރ ސަރަޙައްދެއްގައި ދިވެހިރައްޔިތުންނަށް އުފަންވެފައިވާ ކުދިން، ކަމާބެހޭ ޤާނޫނުގައިވާ ގޮތުގެމަތިން ދިވެހިރާއްޖޭގައި ރަޖިސްޓަރީ ކޮށްފައިނުވާނަމަ، އެކުދިން އަނބުރާ އައުމުގެ ކުރިން ދިވެހިރާއްޖޭގައި ރަޖިސްޓަރީ ކުރަންވާނެކަމަށް ބުނެފައިވެއެވެ. އަދި އެ މާއްދާގެ (ށ)ގައި، އެފަދަ ކުއްޖަކު ރަޖިސްޓަރީ ކުރުމަށް ކަމާބެހޭ ޤާނޫނުގައި ބަޔާންކުރާ ލިޔެކިޔުން ހުށަހަޅާފައި ނުވާނަމަ، އެ ކުދިން ރަޖިސްޓަރީ ކޮށްދެވޭނީ، މައިންބަފައިން ނުވަތަ އޭގެތެރެއިން އެއްފަރާތް ކަމަށްބުނާ ދިވހިރައްޔިތަކަށެ އުފަން ދަރިއަކުކަމާމެދ މައްސަލު ކޯޓަށް ހުށަހަޅައި ކުއްޖެއް އުފަންވުމާމެދ ކޯޓުނު ގޮތެއް ކަނޑައެޅުމު ންކަމަށް ބުނެފައިވެއެވެ. އެ ޤާނޫނުގެ 5-60 ވަނަ މާއްދާގެ (ވ)ގައި، އެ މާއްދާގެ (ށ)ގައިވާ ކުދިންނަކީ ޚާއްޞަ އިސްތިސްނާއީ ޙާލަތެއްގައިތިބި ކުދިންކަމަށް ބަޔާންކޮށްފައިވެއެވެ.
85ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ 5-60 ވަނަ މާއްދާގެ ދަށުން ދިވެހިރާއްޖޭގައި ރަޖިސްޓަރީ ކުރުމަށް ހުށަހަޅާ ކުއްޖެއްގެ މައިންބަފައިންގެ ކާވެންޏެއ ކޮށްފައިވާކަން ސާބިތުކުރުމަށް، ނުވަތަ މައިންބަފައިންގެ ކާވެނީގެ ރަޖިސްޓަރީއެއް ހުށަހަޅަންޖެހުން ލާޒިމުކޮށްފައި ނުވާކަން، އެ ޤާނޫނުގެ 5-60 ވަނަ މާއްދާގެ
(ހ) އިން (ޏ)އަށް ބެލުމުން އެނގެއެވެ. އަދި އެ ޙާލަތުގައި ކުއްޖާގެ މަޞްލަޙަތު ޙމާޔަތްކުރުމަށި މީގެފަހުން "ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު "ކަމަށް ބުނެފައިވާ. ރިޢާޔަތްކޮށް، ކުއްޖާ ރަޖިސްޓަރީ ކުރުމާމެދު ގޮތެއްކަނޑައެޅުމުގ މައްސަލެ ހުށަހަޅަންޖެހެނީ ފެމިލީ ކޯޓަށްކަން ބަޔާންކޮށްފައިވެއެވެ.
86ޤާނޫނުއަސާސީގެ 17 ވަނަ މާއްދާގައި، އަސާސީ ޙައްޤުތަކުގެ ބާބުގައިވާ ޙައްޤުތަކާއި މިނިވަންކަން، އެއްވެސް ތަފާތުކުރުމެއްނެތި ކޮންމެ މީހަކަށްމެ ލިބިގެންވާކަމާއި، އެ ޙައްޤުތަކާއި މިނިވަންކަން ލިބުމުގައި، އެ މީހެއްގެ ނަސްލަށް، އުފަންވީ ޤައުމަށް، ކުލަޔަށް، ޖިންސަށް، ޢުމުރަށް، ޖިސްމާނީ ނުވަތަ ނަފްސާނީ ނުކުޅެދުންތެރިކަމަކަށް، ސިޔާސީ ނުވަތަ އެނޫންވެސް ވިސްނުމަކަށް، މާލީ ފުދުންތެރިކަމަށް، ނިސްބަތްވާ އއިލާއަށާ ނުވަތް އުފަންރަށަށް، ނުވަތަ އެނޫންވެސް ކަމަކަށް ބަލައި ތަފާތުކޮށްގެން ނުވާނެކަމަށް ބުނެފައިވެއެވެ. އަދި ޤާނޫނުއަސާސީގެ 24 ވަނަ މާއްދާގައި، ކޮންމެ މީހެއްގެ ގޮވަތި ގެދޮރާއި، ޒާތީ އަދ އާއިލީ ދިރިއުޅުމަކީ ޙުރުމަތްތެރި ވެގެންވާ ކަންކަމާއި، ކޮންމެ މީހަކުވެސް އަނެކުންގެ އެފަދަ ޙައްޤުތަކަށް ޙުރުމަތްތެރިކޮށް ހިތަންވާނެކަމަށް ބުނެފައިވެއެވެ.
87ހަމައެއާއެކު، ޤާނޫނުއަސާސީގެ 35 ވަނަ މާއްދާގައި، އާއިލާއާއި، މުޖުތަމަޢުއާއި، ދައުލަތުގެ ފަރާތުން ޚާއްޞަ އެހީތެރިކަމާއި ޚާއްޞަ ރައްކާތެރިކަން ލިބުމަކީ ކުޑަކުދީންނާއި ޅަފުރައިގެ ކުދީންނަށް ލިބިގެންވާ ޙައްޤެއްކަމަށާއި، އެއްވެސް ގޮތަކުން ކުޑަކުދިންނާމެދު ތަފާތުކޮށްގެނ ނުވާނެކަމަށް ބުނެފައިވެއެވެ. ހަނގުރާމައިގެ މައިދާނުގައި ރާއްޖެއިން ބޭރުގައި ދިވެހިންނަށް އުފަންވާ ކުޑަކުދިން ދިވެހިރާއްޖެއަށް އެނބުރިއައުމުގެ ކުރިން ރަޖިސްޓަރީ ކުރެވެނީ، ކުދިންގެ މައިންބަފައިންގެ ކާވެންޏާމެދު ގޮތެއް ނިންމުމަކައިނުލައެވެ.
އުޞޫލުތައް ތަޠުބީޤުކުރުން
88މި މައްސަލައިގައި އިސްތިއުނާފުކުރާ ފަރާތުގެ އިސްތިއުނާފީ ނުކުތތާ ކާއަ ހުށަހެޅުންތަކަށް ޖުމްލަކޮށް ބަލާއިރު، ޝަރީޢަތުގެ ކުރިމަތީގައިއޮތް ސުވާލުތައް ތިރީގައި ބަޔާންކޮށްފައިއެވަނީއެވެ.
1.88. އިސްތިއުނާފުކުރާ ފަރާތާއި އިސްތިއުނާފު ރައްދުވާ ފަރާތުން 01 ނޮވެމްބަރ 2023 ދުވަހު ސްރީލަންކާގައި ކޮށްފައިވާ ކާވެނި ޞައްޙަތޯއާއި، އެ ކާވެންޏަކީ ދިވެހިރާއްޖޭގައި ރަޖިސްޓަރީ ކުރެވޭނެ ކާވެންޏެއްކަން ނުވަތަ ނޫންކަން؟
2.88. މި މައްސަލައިގެ ޚަޞްމުންނާމެދު ތަފާތުކޮށް ޢަމަލު ކޮށްފައިވޭތޯ؟
3.88. މި މައްސަލައިގައިވާ ކާވެންޏާމެދު ގޮތެއް ނިންމުމުގައި އިހުމާލުވެފައިވޭތޯ؟
4.88. މި މައްސަލައިގެ ޚަޞްމުންގެ ދަރިފުޅު ރަޖިސްޓަރީ ކުރެވިދާނެތޯ؟ އިސްތިއުނާފުކުރާ ފަރާތާއި އިސްތިއުނާފު ރައްދުވާ ފަރާތުން 01 ނޮވެމްބަރ 2023 ދުވަހު ސްރީލަންކާގައި ކޮށްފައިވާ ކާވެނި ޞައްޙަތޯއާއި، އެ ކާވެންޏަކީ ދިވެހިރާއްޖޭގައި ރަޖިސްޓަރީ ކުރެވޭނެ ކާވެންޏެއްކަނ ނުވަތް ނޫންކަން؟
89މި މައްސަލައިގެ އިސްތިއުނާފު ނުކުތާތަކުގައިވާ މައިގަނޑު ޝަކުވާއަކީ، އިސްތިއުނާފުކުރާ ފަރާތުގެ ހުށަހެޅުންތަކަށް ރިޢާޔަތްކޮށްފައި ނެތުމުގެ ސަބަބުން، ޝަރީޢަތުން ވާސިލުވި ނަތީޖާ ގޯސްވުމެވެ. އަދި އެ ހުށަހެޅުންތަކަށް ރިޢާޔަތްކުރިނަމަ ކާވެނި ޞައްޙަކަމަށް ކަނޑައަޅަން ޖެހޭނެކަމަށެވެ.
90މަތީގައި ބަޔާންވެދިޔަ ޤާނޫނީ އަދި ޝަރުޢީ އުޞޫލުތަކަށް ރިޢާޔަތްކުރުމުން، އާއިލާއާބެހޭ ޤާނޫނުގައިވާ ގޮތުގެމަތިން ކާވެންޏެއ ޞައްޙަވުމަށް ފުރިހަމަވާންޖެހޭ ރުކުންތައް ބަޔާންކޮށްފައިވަނީ އެ ޤާނޫނުގެ 9 ވަނަ މާއްދާގައިކަމަށް ބަލަންޖެހެއެވެ. އަދި ކާވެންޏެއް އަޤުދުކުރުމުގައި ފުރިހަމަވާންޖެހޭ ކަންކަން ބަޔާންކޮށްފައިވަނީ އއިލާއާބެހާ ޤާނޫނުގެ 3 ވަނަ މާއްދާގައެވެ. މިއީ، މި މައްސަލައިގެ އިސްތިއުނާފީ ފޯމުގައި ހިމަނާފައިނުވާ ނަމަވެސް ޝަރީޢަތުގެ އަޑުއެހުމުގައި ޚަޞްމުންގެ ފަރާތުން އެދޭކަމެއްގެ ގޮތުގައި ފާހަގަކޮށްފައިވާ ކަމެކެވެ. މިކަމާމެދު ނިންމިގޮތް ނުކުތާ 123 އިން 124 އަށް ބަޔާންކޮށްފައިވާނެއެވެ.
91އިސްތިއުނާފުކުރާ ފަރާތާއި އިސްތިއުނާފު ރައްދުވާ ފަރާތު ން ކާވެނި ކޮށްދީފައިވާ ޚަޠީބު އަލޙާއްޖް އެމް. ފައުޒުލް އަލީމް ފާރޫޤަކ އިސްލާމީ ޝަރީޢަތާ އެއްގޮތަށް ކާވެނިކޮށްދިނުމުގެ ހުއްދަ އޮންނަ ފަރާތެއްކަން ކޮލޮމްބޯ ޑިސްޓްރިކްޓް މެރިޖް ރެޖިސްޓްރާރސް އެސޯސިއޭޝަނުންބުނެ ލިޔުމެއް ދީފައިވާކަމަށާއި، 01 ނޮވެމްބަރ 2023 ދުވަހު އިސްތިއުނާފުކުރާ ފަރާތާއި އިސްތިއުނާފު ރައްދުވާ ފަރާތް ކާވެނިކޮށްފައިވަނީ ކޮލޮމްބޯގައި ތިބެގެންކަމަށް، ސްރީލަންކާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުގެ "ކަމާބެހޭ ފަރާތުގެ މަޢުލޫމާތަށްޓަކައި" ލިޔުމަށް ބެލުމުން އެނގެއެވެ. މީގެއިތުރުން، މި މައްސަލައިގައި ހުށަހަޅާފައިވާ ކާވެނީގެ ސެޓްފިކެޓަކީ އުފައްދާފައިވާ ނުވަތަ ޞައްޙަނޫން ސެޓްފިކެޓެއްކަމަށް ބަލަންޖެހޭފަދަ ޤާނޫނީ އެއްވެސް ސަބަބެއްނެތެވެ.
92މި މައްސަލައިގައިވާ 01 ނޮވެމްބަރ 2023 ދުވަހުގެ ކާވެނީގެ ސެޓްފިކެޓުގައިވާ މަޢުލޫމާތު ތިރީގައި
1.92. އިސްތިއުނާފުކުރާ ފަރާތާއި އިސްތިއުނާފު ރައްދުވާ ފަރާތުގެ ނަންބަރު MFA/SN/30/2023 (01 ނޮވެމްބަރ 2023) ކާވެނީގެ ސެޓްފިކެޓަކީ ރަޖިސްޓަރީ ކޮށްފައިވާ ޖަސްޓިސް އޮފް ޕީސް (ހޯލް އައިލަންޑް)އަކުން ދީފައިވާ ސެޓްފިކެޓެއްކަން އެނގެއެވެ.
2.92. ކާވެނިކުރާ ފިރިހެނާއާއި އަންހެނާގެ ފުރިހަމަ ނަމާއި، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރާއި، ދާއިމީ އެޑްރެހާއި، އުފަން ތާރީޚާއި، ކާވެނީގެ ޙާލަތު (ކާވނެމަތީގައކަނި ނުވަތަ ވަރިކޮށްފައިކަން)އާއި، ވަރިވެފައިވާނަމަ އެ މަޢުލޫމާތާއި، ބައްޕަގެ ފުރިހަމަ ނަމާއި އެޑްރެހާއި، ކާވެނިކުރާ ދެމީހުންގެ ސޮއި ހިމަނާފައިވެއެވެ. ދިވެހިރާއްޖޭގެ ހައިކޮމިޝަންގެ ނަންބަރު 27CA/TW/2023/128 (02 ނޮވެމްބަރ 2023) ލިޔުން.
3.92. ކާވެނިކޮށްފައިވަނީ ޙާކިމުގެ ވަލީއަށްކަމާއި ވަލީއާ ޙަވާލުވިމީހާގެ މަޢުލޫމާތާއި ސޮއި ހިމަނާފައިވެއެވެ.
4.92. އެ ކާވެންޏަށް ހެކިވާ 2 (ދޭއް) ދިވެހިންގެ ފުރިހަމަނަމާއ އެޑްރެހާއި އެ ދެމީހުންގެ ސޮއި ހިމަނާފައިވެއެވެ.
5.92. ކާވެނީގެ ރަނުގެ މިންވަރާއި، ކާވެނި ކުރެވުނު ތަނުގެ ނަމާއި އެޑްރެހާއި، ކާވެނިކުރި ތާރީޚާއި ގަޑިއާއި، ކާވެނިކޮށްދިން މީހާގެ ފުރިހަމަނަމާއ އެޑްރެހާއި ސޮއި ހިމަނާފައިވެއެވެ.
93ބުނެވިދިޔަ މަޢުލޫމާތުގެ އަލީގައި، އާއިލާއާބެހޭ ޤާނޫނުގެ 9 ވަނަ މާއްދާގައި، ކާވެނގީ ޢަޤުދުގައި ފުރިހަމަވާންޖެހޭ ރުކުންތަކަށް ބަލާއިރު، ކާވެނިކުރާ އަންހެނަކާއި ފިރިހެނަކު އެބަހުއްޓެވެ. އެ ދެމީހުން ކާވެންޏަށް ރުހޭކަމާމެދު އެއްވެސް ސުވާލެއް އުފައްދާފައިނެތެވެ. ކާވެނި ކޮށްދީފައިވަނީ ޙާކިމުގެ ވަލީއަށްކަން އެނގެއެވެ. އެ ރުކުންތަކުގެ އިތުރުން، އާއިލާއާބެހޭ ޤާނޫނުގެ 2 ވަނަ މާއްދާގައި ކާވެނީގެ އަޤުދުގެ ޝަރުޠުތަކާއި، ޢަބްދުއްސައްތާރު މައްސަލއިގަ ނިންމުމަށް ރިޢާޔަތްކޮށް ބަލާއިރު، ކާވެނިކުރިކަން އެނގޭނެ ހެކިވެރިންނާއި ކާވެނި ޢަޤުދުކޮށްދިން މީހަކު އެނގެން އެބައޮތެވެ. އަދި ކާވެނިވެވޭ ދެމީހުންނަކީ ކާވެނި ޙަރާމްވާފަދަ ދެމީހުންކަމަށް ބެލެވޭފަދަ އެއްވެސް ސަބަބެއްނެތެވެ.
94މި މައްސަލައިގެ ކާވެނީގެ ވަލީއަށް ބަލާއިރު، ކާވެނީގެ ސެޓްފިކެޓުގައި ކާވެނި ކޮށްފައިވަނީ ޙާކިމުގެ ވަލީއަށްކަން އެނގެއެވެ. އއިލާއާބެހާ ޤާނޫނާއި ގަވާއިދުގައި، ރާއްޖެއިން ބޭރުގައިކުރާ ކާވެނީގެ ވަލީ ހަމަޖައްސަންޖެހޭ ވަކި އިޖުރާއަތެއް ބަޔާންކޮށްފައި ނުވެއެވެ. ނަހުލާ މައްސަލއިގައަ އެފަދަ އިޖުރާއަތެއް ނެތމަކު ކާވެނީގެ ޞައްޙަކަމަށް އަސަރުކުރާ ކަމެއްކަމަށް ކަނޑައަޅާފައިނުވެއެވެ.
95އިސްތިއުނާފު ކޮށްފައިވާ ފެމިލީ ކޯޓު މައްސަލައަށް ބަލާއިރު، މި މައްސަލައިގައިވާ ކާވެނި ޞައްޙަ ނޫންކަމަށް ކަނޑައެޅުއްވި މައިގަނޑު ސަބަބަކީ ނަސަބުގެ ވަލީވެރިޔާގެ ރުހުން ނެތުމާއި ޙާކިމުގެ ވަލީ ދިވެހިރާއްޖޭގެ ޤާނޫނީ ނިޒާމުގެ ތެރެއިން ހޯދުމަށް މަސައްކަތް ކޮށްފައިނެތުމެވެ. އިސްތިއުނާފުކުރާ ފަރާތާއި އިސްތިއުނާފު ރައްދުވާ ފަރާތުގެ ހުށަހެޅުމަކީ، ދިވެހިރާއްޖޭގެ ނިޒާމުން ވަލީ ހޯދަންޖެހޭކަން އެނގިފައި ނެތްކަމަށާއި، ސިލޯނުގައި ޙާކިމުގެ ވަލީއަށް ކާވެނިކުރުމުގެ އިޖުރާއަތު ފުރިހަމަކޮށްފައި ވާކަމަށާއި، ނަސަބުގެ ވަލީވެރިޔާއަކ ޝަރުޢީ ޙުކުމެއް އޮތްއިރުވެސް ނސަބަށ ތަކުރާރުކޮށް އިންކާރުކުރާ ފަރާތެއްކަމަށާއި، ނަސަބުގެ ވަލީވެރިޔާގާތަށ މީހުން ފޮނުވުމުން، އިސްތިއުނާފު ރައްދުވާ ފަރާތަކީ ވަލީވެރިޔާގެ ދަރިއަކަށްނުވާތީ، އެ އަންހެނާގެ ކާވެންޏަކީ ވަލީވެރިޔާއާ ބެހޭކަމެއް ނޫންކަމަށް ބުނެފައިވާކަމަށާއި، ނަސަބުގެ ވަލީވެރިޔާގެ ކިބައިން ވަލީ ހޯދުމަށް މަސައްކަތް ކުރިކަމަށެވެ.
96މި މައްސަލައި ގައި ވަލީއާމެދ ސުވާލު އުފެދި، މުޅި މައްސަލަ އޮޅުންބޮޅުންވުމުގެ އަސްލާއި ފެށުމަކީ، އިސްތިއުނާފު ރައްދުވާ ފަރާތުގެ ނަސަބުގެ ވަލީވެރިޔާކަމަށް ދެކެމެވެ. އޭގެ ސަބަބުތައް ގިނައެވެ. މި ނިންމމުގު ނުކުތާ 27 އިން 31 އަށް އަދި ނުކުތާ 41 އިން 42 އަށް ބަޔާންކޮށްފައިވާ ކަންކަމަށް ޤާނޫނީ އަދި ޝަރުޢީ ނަޒަރަކުން ބަލާއިރު، ފާހަގަކުރެވޭ އެންމެ ފުރަތަމަ އަދި އަސާސީކަމަކީ، ދައުލަތުގެ ކަމާބެހޭ އިދާރާތަކުން ތަޙުޤީޤު ފުރިހަމަކޮށް، ދިވެހިރާއްޖޭގެ ކޯޓެއްގައި ޝަރީޢަތްކޮށް، އާމިނަތުގެ ބައްޕަގެ މައްޗަށް ނަސަބު ސާބިވާކަމަށ ކަނޑައަޅައް ޙުކުމް ކުރުމަށްފަހުވެސް، "(ނަން އުނިކޮށްފައި)އަކީ އަޅުގަނޑުގެ ދަރިއަކަށްނުވާތީ އޭނާއަށް ވަލީދިނުމަކީ އަޅުގަނޑާ ގުޅުންހުރިކަމެއް ނޫންނެވެ. (ނަން އުނިކޮށްފައި)އަކީ އަޅުގަނޑުގެ ދަރިއެއްކަމަށް ނިންމާފައިވަނީ ޝަރީޢަތުންނެވެ"ބުނެ، ޝަރީޢަތުން ކަނޑައެޅިގޮތް އެނގިހުރެ، އެ ޙުކުމަށް ގޮންޖަހައި، ޤާނޫނީ އަދި ޝަރުޢީ ހަމަތަކާ ޚިލާފަށް، ފެމީލީ ކޯޓުގެ ޝަރީޢަތުގައި ޤާޟީގެ ކުރިމަތީގައިވެސް ނަސބަށ އިންކާރުކޮށް ބަސްބުނެ ބަޔާންދނުމެވެ.
97ޤާނޫނީގޮތުން ނަސަބު ނަފީކުރެވޭނެ ޙާލަތެއް ވުޖޫދުގައި ނެތްނަމަވެސް، އާމިނަތަކީ ނަސަބުގެ ވަލީވެރިޔާގެ ދަރިއެއް ނޫންކަމަށްބުނެ، އިސްތިއުނާފު ރައްދުވާ ފރާތުގަ މަންމައާއި އިސްތިއުނާފު ރައްދުވާ ފަރާތގު އަބުރަށް އަރައިގަންނަމުން ދިޔުމުގެސަބަބުން، ރަށުތެރޭ އުޅުމުގައި ތަހައްމަލު ކުރަންޖެހޭ ހިތްދަތިކަމާއި ލަދުވެތިކަމުގެ ޝަކުވާތައް، އިސްތިއުނާފުކުރާ ފަރާތާއި އިސްތިއުނާފު ރައްދުވާ ފަރާތުގެ ކިބައިން ނުހަނު އަސަރާއެކު މި ކޯޓުގެ ޝަރީޢަތުގެ އަޑުއެހުމުގައި ބަންޑުންވެގެން ގޮސްފައިވެއެވެ.
98ދިވެހީންގެ މުޖތަމަޢުތު އ ކުޑަވެފައި، އެންމެނަށް އެކަކުއަނެކަކު އެނގޭތީ، ޝަރީޢަތުން ގޮތްނިމިފައިވާ ކަމަކާގުޅޭ ދޮގުވާހަކައެއްވިޔަސް، ފޮނިތޮށި ކާފޫރުތޮޅިލައި އޮލަކޮށް އެވާހަކަތައް ދައްކައި، ތުންތުންމަތިން ފެތުރިދާކަމީ ޙަޤީޤަތެކެވެ. ރަށްރަށުގައިވެސ އެމަގުން އެކަން ހިނގާނެކަން ބަލައިގަންނަންޖެހެއެވެ. ދިވެހި މުސްކުޅިން ބުނެއުޅފަދައިނޭ، ދުނިޔޭގެ ލަދަކީ އާޚިރަތުގެ ގިންޏަށްވުރެ ވޭންހުރި އެއްޗަކަށްވެދެއެވެ. ޤާނޫނުއަސާސީގެ 33 ވަނަ މާއްދާގައި، އެމީހެއްގެ ނަމާއި އަބުރު ރައްކާތެރިކުރެވިފައި އޮތުމުގެ ޙައްޤު ކޮންމެ މީހަކަށްވެސް ލިބިގެންވާކަމަށް ބުނެފައިވަނީ، މަޤާޞިދުއްޝަރީޢާގއަވ އަބުރާ ރައްކާތެރިކުރުން ހިމެނޭގޮތުގެމަތިންކަމަށް ދެކެމެވެ.
99ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގ ކޯޓުތަކުގެ ޤާނޫނު)ގެ 77 ވަނަ މާއްދާގައި، ކޯޓަކުން ނިންމާ ނިންމުމަކަށް ޢަމަލުކުރުން ފަސްކުރުމަށް އެ ކޯޓަކުން ނުވަތަ އެ މައްސަލައެއް އިސްތިއުނާފުކުރާ ކޯޓަކުން ނާންގާހާ ހިނދަކު، ކޮންމެ ކޯޓެއްގެ ނިންމުމަކީ، ވެރިކަން ހިންގާ ފަރާތުންނާއި، ރައްޔިތުންގެ މަޖިލީހުންނާއި، ޢަދުލު އިންޞާފު ޤާއިމުކުރުމުގެ ބާރުންނާއި، މުސްތަޤިއްލު މަޤާމުތަކުގައި ތިބިމީހުންނާއި، ދައުލަތުގެ މަޤާމުތަކާ ޙވާލުވެތިބަ މީހުންނާއި، ސިފައިންނާއި ފުލުހުންގެ މައްޗަށް އެކުލެވިގެންވާ ސަލާމަތީ ޚިދުމަތްތަކުންނާއި، އެންމެހައި ރައްޔިތުން އެ މައްޗަށް ޢަމަލުކުރުން ލާޒިމު ނިންމުމެއްކަމަށް ބުނެފައިވެއެވެ.
100އިސްތިއުނާފު ރައްދުވާ ފަރާތުގެ ނ ސބުގެ ވަލީވެރިޔަ އަށާ ކާވެންޏަށް ރުހުން ދިނުމުން މަނައުވެވިދާނެއެވެ. އެކަމަކަށް ޤާނޫނީ ނުވަތަ ޝަރުޢީގޮތުން ހުރަހެއްނެތެވެ. ނަމަވެސް، އިސްތިއުނާފު ރައްދުވާ ފަރާތަކީ ދަރިއެއްނޫންކަމަށް ޝަރީޢަތުގެ މަޖިލީހެއްގައި ނުބުނެވުމުގެ އިތުރަށް، އެފަދަ ވާހަކައެއް ޝަރުޢީ ކޯޓަކަށްދޭ މީގެފަހުން "ކޯޓުތަކުގެ ޤާނޫނު"ކަމަށް ބުނެފައިވާ. ބަޔާނެއްގައި ބުންޏަސަ ހިމަނައިގެންވެސް ނުވާނެއެވެ. އަދި އެހެން ނުބުނުމުގެ މައްޗަށް ނަޞީޙަތްތެރި ވާންޖެހޭކަމަށް ދެކެމެވެ.
101އެހެނީ، ޝަރުޢީ ހަމަތަކުގެމަތިން ނަސަބު ސާބިތުކޮށްފައިވާ ދަރިއަކީ ދަރިއެއް ނޫންކަމަށް ބަފަޔަކުބުނާ ބަހަކީ، ކުއްޖާގެ މަންމައަށް ރައްދުވާ ޤަޛުފުގެ ބަހެއްކަމަށް އިސްލާމީ ޝަރީޢަތުގެ ހަމަތަކުން ބެލެވއޭ ރ، އެއީ ދުނިޔެމަތީގައި ކުޑަކަމެއްނޫނެވެ. އަދި ދަރިއެއްކަމަށް ނިންމީ ކޯޓުންނޭ، ކޯޓުން ނިންމިޔސަ ތިމަންނާ ދަރިއެއްކަމަށް އަދިވެސް ގަބޫލުނުރަމޭ ބުނާބީދައިން ޝަރީޢަތުގައި މަޙުޟަރުކުރުމަށް ފުރުޞަތު ދިނުމަކީ، އާމިނަތުގެ ބައްޕަގެ މައްޗަށް މިރާއްޖޭގެ ޤާނޫނާއި އިސްލާމީ ޝަރީޢަތް ނުހިނގާކަމަށްބަލައި، ނަސބުގަ ވަލީވެރިޔާ ހަވާނަފުޞަށް އުޅުމަށްދެވޭ ފުރުޞަތެކެވެ.
102އާއިލާއާބެހޭ ގަވައިދުގެ 32 ވަނަ މާއްދާގެ (ނ)އާއި، އެ ގަވާއިދުގެ 33 ވަނަ މާއްދާއަށް ބެލުމުން، ވަލީވެރިޔާގެ ރުހުން ނެތުމުގެ ސަބަބުން، އާއިލާއާބެހޭ ޤާނޫނުގެ 13 ވަނަ މާއްދާގެ ދަށުން ކާވެނި ބާޠިލުވާނެކަމަށް ނުބެލެވޭނެ ސަބަބުތައް މި ނިންމުމުގެ ނުކުތާ 79 އިން 82 އަށް ބަޔާންކޮށްފައިވާނެއެވެ.
103ދެންއޮތް ސުވާލަކީ، މި މައްސަލައިގައި އާއިލާއާބެހޭ ޤާނނުގޫ 9 ވަނަ މާއްދާގައި ބޔާނަ ކޮށްފައިވފަދައިން، ވަލީ ލިބިފައިވޭތޯއެވެ. އިސްތިއުނާފު ރައްދުވާ ފަރާތުގެ ޝަރުޢީ ބައްޕައާ ސުވާލުކުރުމުން، ކާވެނިކުރި އަންހެނާއަކީ ނަސބުގަ ވަލީވެރިޔާގެ ދަރިއަކަށް ނުވުމުން އެ އަންހެނާގެ ވަލީއަކީ، ވަލީވެރިޔާއާ ގުޅުންހުރިކަމެއް ނޫންކަމަށާއި، "ދަރިއެއްކަމަށް ނިންމާފައިވަނީ ޝަރީޢަތުން"ކަމަށް ބުނެފައިވާކަން އެނގެއެވެ. ނަސަ ބުގ ވަލީވެރިޔާގެ ބަހުން، ވަލީދޭން ނުޖެހޭސަބަބަކީ ދަރިއަކަށް ނުވުންކަމާއި، ޝަރީޢަތުން ނަސަބު ލައްވާފައ އޮތްކަމުގައި ވީނަމަވެސް، އެކަންވެސް ވަލީވެރިޔާ ގަބޫލުނުކރާކަން ސާފުވެއެވެ.
104ކަންހިނގާފައިވާގޮތަށް ބަލާއިރު، ފެންނަންއޮތް ޙަޤީޤަތަކީ، އިސްތިއުނާފު ރައްދުވާ ފަރާތަކީ ދަރިއެއް ނޫންކަމަށްބުނެ އިސްތިއުނާފު ރައްދުވާ ފަރާތުގެ ބައްޕަ ވަލީ ދިނުމަށް އިންކާރު ކޮށްފައިވުމުން، ޙކިމުގާ ވަލީއަށް ކާވެނިކުރުމުގެ ހުއްދަދީ، އިސްތިނާފ ރައްދުވު ފަރާތުން ދެ ފަހަރުމަތިން މީގެކުރިން ކވެނާ ކޮށްފައިވާކަމވެ. މީގެނަތީޖާއަކީ، އިސްތިއުނާފު ރައްދުވާ ފަރާތަކީ ޙާކިމުގެ ވަލީއަށް ކާވެނިކުރުމުގެ ޝަރުޠު، އާއިލާއާބެހޭ ޤާނޫނުގެ 9 ވަނަ މާއްދާގެ (ށ)ގެ (2) ނަންބަރުގެ ދަށުން ފުރިހަމަވާ މީހެއްކަމަށް ޤާނޫނީ ހަމަތަކުން ބަލަންޖެހުމެވެ.
105މި މައްސަލައިގައި ނ ސ ބުގ ވަލީވެރިޔާގެ ބަޔާނަށް ރިޢާޔަތްކޮށް، ބުއްދީގެ ހަމަތަކުން ނެރެވޭނެ ފުރަތަމަ ނަތީޖާއަކީ، ކޯޓުން ނަސަ ބުލެއްވިޔަސ އެކަން ގަބޫލު ނުކުރާތީ، އިސްތިއުނާފު ރައްދުވާ ފަރާތަކީ ދަރިއެއްކަމަށް ނުބެލުމެވެ. ދަރިގަބޫލުނުކުރާ ބަފަޔަކު "ކާވެންޏަށް ނުރުހޭކަމަށ" ބުނާބުނުމުގެ ބަހަށްއެކަނު ބާރުދެވޭނ ބުއްދީގެ ހަމައެއްނެތެވެ. ދެވަނަ ނަތީޖާއަކީ، ޝަރީޢަތުން ނަސބަ ލައްވާފައިވާ ދަރިއެއްގެ ނަސބަ ޝަރުޢީ ހަމަތަކުގެމަތިންމެނުވީ ނަފީނުކުރެވއިރޭ، މި ޙާލަތުގައި ވަލީވެރިޔާ ވަލީދިނުމަށް އިންކާރުކުރާ ސަބަބަކީ އަންހެނާއަކީ ދަރިއެއްކަމަށް އަދިވެސް ގަބޫލުނުކުރުން ކަމަށްވެފައި، އެއީ ވަލީދިނުމުން މނައުވެވޭފަދަ މަގުބޫލު ސަބަބަކަށް ނުވުމުން، އެ އަންހެނާއަކީ ޙާކިމުގެ ވަލީއަށް ކާވެނިކުރުމުގެ ޝަރުޠު، އާއިލާއާބެހޭ ޤާނޫނުގާ 9 ވަނަ މާއްދާގެ (ށ)ގެ (2) ވަނަ ނަންބަރުގެ ދަށުން ފުރިހަމަވާ މީހެއްކަމަށް ޤާނޫނީ ހަމަތަކުން ބަލަންޖެހމުވެ.
106މި މައްސަލައިގައި ޚުޞޫމަތު އުފެދިފައިވާ 01 ނޮވެމްބަރ 2023 ދުވަހުގެ ކާވެންޏަކީ ޙާކިމުގެ ވަލީއަށް ކޮށްފައިވާ ކާވެންޏެއްކަން އެނގެއެވެ. ރާއްޖެއިން ބޭރުގައި ދިވެހިން ކާވެނިކުރުން ހުއްދަކަން އެނގޭއިރު އަދި އެފަދަ ކާވެނީގެ ވަލީ ހޯދުމުގެ އިޖުރާއަތެއް ނެތްއިރު، އިޖުރާއީ ސަބަބެއްގެ މައްޗަށް ބިނާކޮށް އާއިލާއާބެހޭ ޤާނޫނުގެ 13 ވަނަ މާއްދާގެ ދަށުން ކާވެނި ބާޠިލުކަމަށް ކަނޑައެޅޭނެ ޤާނޫނީ ސަބަބެއްނެތެވެ. ވީމާ، އިސްތިއުނާފުކުރާ ފަރާތާއި އިސްތިއުނާފު ރައްދުވާ ފަރާތުގެ ކާވެންޏަށް ޤާނޫނީ އަދި ޝަރުޢީ ހަމަތަކުގެމަތިން ވަލީ ލިބިފައި އޮތްކަމަށް ބަލަންޖެހެއެވެ.
107ބުނެވިދިޔަ އެންމެހައި ކަންކަމަށް ރިޢާޔަތްކުރުމުން، އިސްތިއުނާފުކުރާ ފަރާތާއި އިސްތިއުނާފު ރައްދުވާ ފަރާތުން 01 ނޮވެމްބަރ 2023 ދުވަހު ސްރީލަންކާގައި ކޮށްފައިވާ ކާވެންޏަކީ، އާއިލާއާބެހޭ ޤާނޫނުގެ 9 ވަނަ މާއްދާއައި 2 ވަނަ މާއްދާއާ އެއްގޮތަށް، ޤާނޫނީ އަދި ޝަރުޢީ ހަމަތަކުގެމަތިން ކޮށްފައިވާ ޞައްޙަ ކާވެންޏެކެވެ. މި މައްސަލައިގެ ޚަޞްމުންނާމެދު ތަފާތުކޮށް ޢަމަލު ކޮށްފައިވޭތޯ؟
108މި މައްސަލައިގައި ދެވަނަ ޝަކުވާއަކީ، އިސްތިއުނާފުކުރާ ފަރާތާއި އިސްތިއުނާފު ރައްދުވާ ފަރާތުން 01 ނޮވެމްބަރ 2023 ދުވަހު ކޮށްފައިވާ ކާވެނި ރަޖިސްޓަރީ ކުރުމަށް ހުށަހެޅުމުން، ފެމިލީ ކޯޓުން ޢަމަލުކޮށްފައިވަނީ އިސްތިއުނާފު ރައްދުވާ ފަރާތާއި އިބްރާހީމްއާ ދެމީހުން، 22 ފެބްރުއަރީ 2022 ދުވަހު ކުރިކާވެނި ރަޖިސްޓަރީ ކުރުމަށް ހުށަހެޅުމުން ޢަމަލުކުރިގޮތާ ތަފާތުކޮށް ކަމަށެވެ.
109އެގޮތުން، އިބްރާހީމްގެ ފަރާތުން ފޯމު ހުށަހެޅުމުން، ކޯޓުގެ ބެލުންތަކަށްފަހު ކާވެނި ރަޖިސްޓަރީ ކުރުމަށް ހުށަހެޅި ފޯމު ބާޠިލުކޮށް، އެ ފޯމާއި އެ ކާވެންޏާމެދު އިތުރުގޮތެއް ނިންމުމަކާނުލައި އިބްރާހީމް އެހެން މީހަކާ ކާވެނިކުރުމަށް ފެމިލީ ކޯޓުން ފުރުޞަތު ދީފައިވާކަމަށެވެ. އެހެންނަމަވެސް، އިސްތިއުނާފުކުރާ ފަރާތުން މި މައްސަލައިގައިވާ ކާވެނި ރަޖިސްޓަރީ ކުރުމަށް ހުށަހެޅުމުން، ކުރިން ބާޠިލުކުރި 22 ފެބްރުއަރީ 2022 ދުވަހުކުރި ކާވެންޏާގުޅޭ ފޯމާއި އެ ކާވެންޏާމެދު ޝަރީޢަތުން ގޮތެއްނިމުމުން މެނުވީ، އިސްތިއުނާފުކުރާ ފަރާތުން ހުށަހެޅި ފޯމަށް ގޮތެއްނުނިންމާ މަޑުޖައްސާލާފައިވާކަން ފެމިލީ ކޯޓުން އަންގވަފައިވާކަމަށެވެ.
110ބުނެވިދިޔަ ގޮތުގެމަތިން ޢަމަލުކުރުމުގައި ތަފާތު ކޮށްފައިވާކަމަށް ދެއްކި ވާހަކަތަކުން އުފަންކުރުވި ޤާނޫނީ ބަހުސަކީ، ޤާނޫނުއަސާސީގެ 20 ވަނަ މާއްދާގައި، ޤާނޫނުގެ ކުރިމަތީގއާއަ، އަދި އެ މީހެއްގެ މައްޗަށް ޤާނޫނު ހިންގުމުގައި ކޮންމެ މީހަކީވެސް ހަމަހަމަވެގެންވާ މީހަ ކަށްވުމާއި، ޤާނޫނުގެ ރައްކާތެރިކަމާއި، ޤާނޫނުން ލިބިދޭ މަންފާތައް ހަމަހަމަކަމާއެކު ލިބުމަކީ ހަމަ ކޮންމެ މީހެއްގވެ ސ ޙައްޤެއްކަމަށް ބަޔާން ކޮށްފައި ވުމާ ޚިލާފަށް، މި ދެމީހުންނާމެދު ދައުލަތުން ޢަމަލު ކޮށްފައިވކަމެވެ. އަދި އިބްރާހީމްއާއި އިސްތިއުނާފުކުރާ ފަރާތާމެދު ދެގޮތަށް ޢަމަލު ކުރުމުގެ ސަބަބުން، މައްސަލަ އޮޅުންބޮޅުންވެ ކާވެނި ރަޖިސްޓަރީކުރުން ދިގުލައިގެންގޮސް، އިސްތިއުނާފީ މައްސަލައިގެ ޚަޞްމުންނަށް ލިބިފައިވާ ދަރިފުޅުގެ ޙައްޤުތަކަށްވެސް އުނިކަން އައިސްފައިވާކަމަށެވެ.
111މި ނިންމުމުގެ ނުކުތާ 33 އިން ނުކުތާ 38 އަށްބެލުމުން، އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވާ ފަދައިން، އިބްރާހީމްއާއި އިސްތިއުނާފު ރައްދުވާ ފަރާތުން ރާއްޖެއިން ބޭރުގައިކުރާ ކާވެނި ރަޖިސްޓަރީ ކުރުމަށް ހުށަހެޅި ފޯމު ބާޠިލު ކުރުމަށްފަހު، އެ ކާވެންޏާމެދު ޝަރީޢަތުން ގޮތެއް ނިންމުމަކާނުލައި، އިބްރާހީމްގެ އިތުރު ކާވެންޏެއް ރަޖިސްޓަރީ ކޮށްދީފައިވެއެވެ. ކާވެނގީ ރަޖިސްޓރާރގް ޖަވާބުން، 22 ފެބްރުއަރީ 2022 ދުވަހު ސްރީލަންކާގައި ކޮށްފައިވަނީ ޞައްޙަ ކާވެންޏެއްކަން ނުވަތަ ނޫންކަންވެސް ނޭނގޭއިރު، އެ ކާވެނިކުރި އަންހެނާއާއި ފިރިހެނާގެ ފަރާތުން ދެންޢަމަލުކުރަންވީ ގޮތެއްވެސް އެ ނިންމުމުން އެނގޭކަށްނެތެވެ. މީގެއިތުރުން، އިބްރާހީމް 23 އޮކްޓޯބަރ 2023 ދުވަހު ކުރިކާވެންޏަކީ، ދެ އަނތްބަށްކުރި ކާވެންޏެއްކަނ ނުވަތް އިބްރާހީމްގެ ކިތައްވަނަ ކާވެނި ނުވަތަ ވަރި، ކަމާމެދު އިތުރު ސުވާލެއް ފެމިލީ ކޯޓުން އުފައްދާފައިނުވެއެވެ.
112HN9އާއިލާއާބެހޭ ޤާނޫނުގެ 2 ވަނަ މާއްދާއާއި، 14 ވަނަ މާއްދާއާއި، އެ ޤާނޫނުގެ 19 އިން 22 ވަނަ މާއްދާއަށާއި، އެ ޤާނޫނުގެ 62 އިން 70 ވަނަ މާއްދާއަށް ޖުމްލަކޮށް ބެލުމުން، އާއިލާއާބެހޭ ޤާނޫނަކީ ކޮންމެ ދިވެހި ރައްޔިތެއްގެ މައްޗަށް ތަފާތުކުރުމެއްނެތި ތަންފީޒު ކުރަންޖެހޭ ޤާނޫނެއްކަނ އެންގުމުގެ އިތުރުން، ދިވެހި އަންހެނުންނާއި ފިރިހެނުންނަށް ތަފާތުކުރުމެއްނެތި، ހުރިހާ ދިވެހި ރައްޔިތުންގެ ކާވެންޏާއި ވަރީގެ އިދާރީ ލިޔެކިޔުންތައް ހަރުދަނާ ގޮތެއްގައި ދައުލަތުން ބަލަހައްޓަން ޖެހޭނެކަން ޔަޤީނެވެ. ދިވެހި ރައްޔިތަކު ރާއްޖެއިން ބޭރުގައކުރި ކާވެންޏާއި ވަރި، ދިވެހިރާއްޖޭގައި ރަޖިސްޓަރީ ނުކުރުމަކީ ޤާނޫނީގޮތުން ކުށްވެރިވާ އަދި އަދަބު ކަނޑައަޅާފައިވާ ޢަމަލެކެވެ. އަދި އާއިލާއާބެހޭ ޤާނޫނުގެ 20 ވަނަ މާއްދާއަށް ބެލުމުން، އެ ޤާނޫނުގެ ދަށުން ރަޖިސްޓަރީކުރެވޭ ކާވެނީގެ އިދާރީ ރެކޯޑު ބެލެހެއްޓުން ލާޒިމުވާކަން އެނގެއެވެ.
113އާއިލާއާބެހޭ ޤާނޫނުގެ 6 ވަނަ މާއްދާގައި، ކާވެނިކޮށްގެން އިންނަ އަންހެނާއަށް އިތުރު ކާވެންޏެއް ކުރުމުގައިހުރި ހުރަސްތައް ބަޔާންކޮށްފައިވެއެވެ. އެގޮތުން އެ ޤާނޫނުގެ 6 ވަނަ މާއްދާގެ (ހ)ގައި، މީހެއްގެ އަނތްބަކަށް، ނުވަތަ މީހެއްގެ ޢިޞްމަތުގައިއިން އަންހެނަކަށް، އެހެން ފިރިހެނަކާ ކާވެނި ނުކުރެވޭނެކަން އެނގެއެވެ. ހަމައެއާއެކު، އެ ޤާނޫނުގެ 7 ވަނަ މާއްދާގައި، އެއްވެސް ފިރިހެނަކަށް އެއްޢިޞްމަތެއްގައި ހަތަރު އަންހެނުންނަށްވުރެ ގިނައަންހެނުންނާ ކާވެނި ނުކުރެވޭނެކަމަށް ބުނެފައިވެއެވެ. އަދި އެފަދަ ފިރިހެނެއްގެ ޢިއްދާގައި އަންހެނަކު އިންނަމަ، އެ ޤާނޫނުގެ 7 ވަނަ މާއްދާގެ ބޭނުމަށްޓަކައި، އެއްޢިޞްމަތެއްގައި އަނތބަކް އިންކަމަށް ބަލަންޖެހޭނެކަމަށް ބުނެފައިވެއެވެ.
114އާއިލާއާބެހޭ ޤާނޫނުގެ 6 ވަނަ މާއްދާއާއި 7 ވަނަ މާއްދާ އެކުގައި ކިޔުމުން، ކާވެންޏަކާމެދު ގޮތެއް ނިންމުމަކާނުލައި، އަދި އެ ކާވެންޏެއްގެ އިދާރީ ދަފުތރަ ކުރުމުގު ކަންކަން ފުރިހަމަ ކުރުމަކާނުލައި، އެހެން ކާވެންޏެއ ކުރުމަށް ހުރަހެއްއޮތީ ހަމައެކަނި އަންހެނުންނަށް ނޫންކަން އެނގެއެވެ.
115މިސާލަކަށް، އަންހެނަކު ރާއްޖެއިން ބޭރުގައި ކާވެނިކުރި ފިރިހެނަކީ، އެ ކާވެނީގެ އިތުރުން، ރާއްޖެއިން ބޭރުގައި އިތުރު 3 (ތިނެއް) ކާވެނިކޮށްފައިވާ މީހެކެވެ. އަދި އެއިން އެއްވެސް ކާވެންޏެއް ރަޖިސްޓަރީ ކޮށްފައިވާ ފިރިހެނެއްވެސްނޫނެވެ. މިހިސާބަށްދާއިރު އެ ފިރިހެނާގެ ޢިޞްމަތުގައި 4 (ހަތަރެއް) އަންހެނުން ތިބިކަމަށް ޝަރުޢީގޮތުން ބެލުމުގެ ފުރުޞަތު އޮންނާނެއެވެ. އެއަށްފަހު، އެ ފިރިހެނާކުރި ކާވެނިތަކުގެ ތެރެއިން 1 (އެކެއް) ކާވެނި ރަޖިސްޓަރީ ކުރުމަށް ހުށަހެޅުމުން، މި މައްސަލައިގައި އިބްރާހީމް ހުށަހެޅި ފޯމު ބާޠިލު ކުރިގޮތަށް، މިސާލުގައިވާ ފިރިހެނާގެ ފޯމު ބާޠިލު ކުރުމަށްފަހު، އޭގެ 5 (ފަހެއް) ދުވަސް ފަހުން، ހަމަ އެފިރިހެނާ، ބުނެވިދިޔަ މީހުންގެ އިތުރުން އެހެން އަންހެނަކާ ކާވެނިކުރަން ކޯޓަށް ހުށަހަޅައިފިނަމަ، އެ ފިރިހެނާއަކީ އާއިލާއާބެހޭ ޤާނޫނުގެ 7 ވަނަ މާއްދާއާ ޚިލާފަށް، އއެޢިޞްމަތެއްގައި 5 (ފަހެއް) އަންހެނުން ތިބުމުގެ ފުރުޞަތު އޮތްމީހެކެވެ. އާއިލާއާބެހޭ ޤާނޫނުގެ 7 ވަނަ މާއްދާގެ ސާފުނައްޞަށް ބެލުމުން، ބުނެވިދިޔަ މިސާލުގައިވ ޙާލަތަކާ ޤާނޫނުހަދާ މަޖިލީހުން ތަޞައްވުރުކޮށް، އެކަމުން ރައްޔިތުން މަނައުވގަތުމަށެ ޤާނޫނުން ކަނޑައަ ޅާފައިވާ ޙާލަތެކެވެ.
116ބުނެވިދިޔަ ޤާނޫނީ ޙަޤީޤަތްތައް ވަޒަންކުރުމުން، ރާއްޖެއިން ބޭރުގައިކުރާ ކާވެންޏެއް ރަޖިސްޓަރީ ކުރުމަށް ފޯމެއް ހުށަހަޅައި، އެ ފޯމު ބާޠިލުކޮށްފިނަމަ، އެ ކާވެންޏާމެދު ކޮންމެވެސް އެއްގޮތަކަށް ޤާނޫނީ ހަމަތަކުން ނިމުމެއް އަންނަންޖެހޭނކަން ސާފުވެ އެވެ. އެއްގޮތަކީ، ފޯމު ބާޠިލުކުރުމުން އެ ދެ މީހުންގެ ކާވެންޏަކީވެސް ބާޠިލު ކާވެންޏެއްކަމަށް ބަލައި، އެ މަޢުލޫމާތު ދަފުތަރު ކޮށް، އިދާރީ ކަންކަން ނިންމައި، އެ މައްސަލަ އަލުން ނުހުޅުވޭގޮތަށް ބަންދުކުރުމެވެ. އަނެއްގޮތަކެ، ފޯމު ބާޠިލު ކުރުމަށްފަހު، ދިވެހި އަންހެނެއް ފިރިހެނެއް ތަފާތު ކުރުމެއްނެތި، ޝަރީޢަތަށް މައްސަލަ ހުށަހަޅައި، އެފަދަ ކާވެންޏަކާމެދު ޝަރީޢަތް މެދުވެރިކޮށް ގޮތެއް ކަނޑައަޅަން ޖެހުމެވެ. ޢަބްދުއްސައްތާރު މައްސަލއިގަ ނިންމުމަށް ބަލާއިރު، މި ޙާލަތުގައި ޤާނޫނީގޮތުން ހަރުދަނާގޮތަކީ، ފޯމު ބާޠިލު ކުރުމާއެކު ކާވެންޏާމެދު ޝަރީޢަތުން ގޮތެއް ކަނޑައެޅުމަށް ހުށަހެޅުންކަމަށް ދެކެމެވެ.
117ބުނެވިދިޔަ ޤާނޫނީ އުޞޫލުތަކުގެ އަލީގައި މި މައްސަލައިގައި ކަންހިނގާފައިވާ ގޮތަށްބަލާއިރު، އިބްރާހީމް ހުށަހެޅި ރާއްޖއެންބޭރުގައި ކޮށްފައިވާ ކާވެނި ރަޖިސްޓަރީ ކުރުމުގެ ފޯމާއި، އިސްތިއުނާފުކުރާ ފަރާތުން ކާވެނި ރަޖިސްޓަރީ ކުރުމަށް ފޯމު ހުށަހެޅުމާމެދު ތަފާތު ދެގޮތަކަށް ޢަމަލުކޮށްފައިވަނީ، ޤާނޫނުއަސާސީގެ 20 ވަނަ މާއްދާގައި، ޤާނޫނު ހިންގުމާއި، ޤާނޫނުގެ ރައްކާތެރިކަމާއި، ޤާނޫނުން ލިބިދޭ މަންފާތައް ކޮންމެ ރައްޔިތަކަށް ހަމަހަމަކަމާއެކު ލިބުމުގެ ޙައްޤާ ޚިލާފަށެވެ. މި މައްސަލައިގައިވާ ކާވެންޏާމެދު ގޮތެއް ނިންމުމުގައި އިހުމާލުވެފައިވޭތޯ؟
118HN10އިސްތިއުނާފުކުރާ ފަރާތުގެ ފުރަތަމަ އިސްތިއުނާފީ ނުކުތާގައި، އިސްތިއުނާފުކުރާ ފަރާތުގެ ކާވެނި ރަޖިސްޓަރީ ކުރުމާމެދު ގޮތެއް ނިންމުން ލަސްވެފައިވަނީ ފެމިލީ ކޯޓުގެ އިހުމާލުންކަމަށް ބުނެފައިވާއިރު، އިހުމާލުގެ ޤާނޫނީ ޢުންޞުރުތައް މި މައްސަލައިގައި ފުރިހަމަވާގޮތެއް އިސްތިއުނާފު ފޯމާއި، ޝަރީޢަތުގެ މަޖިލީހުގައި ދެއްކި ވާހަކައިގެ ތެރެއިންވެސް ސާފުކޮށްދީފައި ނުވެއެވެ.
119ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓގު ފެކްޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވ. ދައުލަތް (މޯލްޑިވްސް ޕޮލިސް ސަރވިސް) (2019/SC-A/98) ޤޟިއަ ޔާގް 14 ވަނަ ޕެރެގްރާފްގައި ކަނޑައަޅުއްވާފައިވާ ޤާނޫނީ އުޞޫލަކީ، މައްސަލައެއް ޝަރީޢަތުގެ ނިޒާމުގެ ތެރެއިން ތިން މަރުޙަލާއިން ބެލުމުގެ މާނައަކީ ދަށު ކޯޓަށް ހުށަހެޅޭ ދަޢުވާއެއް އެ އޮތްގޮތަށް އެ މައްސަލަ އަލުން ތިން ފަހަރު ބެލުން ނޫންކަމާއި، މައްސަލައެއް ކާމިޔާބު ނުކުރެވުމުގެ ސަބަބުން ހަމައެކަނި ފަނޑިޔާރުން މައްސަލަ ބަލަންވާވަރަށް ނުބަލާކަމަށް ތުހުމަތު ކުރެވުމަކީ، ކޯޓުތަކުގެ ޤާނޫނުގެ 16 ވަނަ މާއްދާގެ ދަށުން މައްސަލައއެ އިސްތިއުނާފު ކުރުމަށްއޮތް ހަރުދަނާ ސަބަބެއް ނޫންކަމެވެ.
120މީގެއިތުރުން، ބުނެވިދިޔަ ޤަޟިއްޔާގެ 16 ވަނަ ޕެރެގްރާފްގައި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އެޓަރނީ ޖެނެރަލްގެ އޮފީސް ވ. އިސްމާޢީލް ޢަބްދުލޙަމީދް (2019/SC-A/58) ޤަޟިއްޔާގެ 19 ވަނަ ޕެރެގްރާފއ ޙަވާލާ ދެއްވައި، ފަނޑިޔާރުގެ ކުރިމައްޗަށް ހުށަހެޅުނު ހެއްކާއި ޤަރީނާއަށް ރިޢާޔަތްކޮށްފައި ނުވާކަމަށް ބުނާނަމަ، ފަނޑިޔާރު ރިޢާޔަތްކޮށްފައި ނުވަނީ ޤާނޫނީ ކޮންނުކުތާއަކާ ގުޅިގެން ކޮންހެއްކަކަށްކަން ބުނެދިނުމަކީ އެހެންބުނާ ފަރާތެއްގެ ޒިއްމާއެއްކަމަށް ބަޔާން ކޮށްފައިވެއެވެ. މި އުޞޫލު އިތުރަށް ތަފުޞީލު ކޮށްދީފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އޚމ (51A/-SC/2120) ޤަޟިއްޔާގެ 15 ވަނަ ޕެރެގްރާފުގައި ކަމަށްދެކެމެވެ.
121މި މައްސަލައިގައި އިސްތިއުނާފުކުރާ ފަރާތުން ހުށަހެޅި ފޯމުގައިވާ ނުކުތތަކާއާ އެ ނުކުތާގެ ތަފުޞީލުތަކުގެ މައްޗަށް ބިނާކޮށް، އިސްތިއުނާފުކުރާ ފަރާތުގެ ޤާނޫނީ ބަހުސްތައް އެހައިސާފެއްނޫނެވެ. އަދި މައްސަލަ ރަޖިސްޓަރީ ކުރުމަށްފަހު ބޭއްވުނު ޝަރީޢަތުގެ މަޖިލީހުގައި އިސްތިއުނާފުކުރާ ފަރާތާއި އިސްތިއުނާފު ރައްދުވާ ފަރާތުގެ ހުށަހެޅުންތަކުން، ޝަރީޢަތުގެ ކުރިމަތީގައި 4 (ހަތަރެއް) ޤާނޫނީ ސުވާލު ސާފުކޮށްދީފައި ވާކަމަށްދެކެމެވެ.
122އެގޮތުން، މި ނިންމުމުގެ 87 ވަނަ ނުކތާގު އ ބަޔާންކޮށްފައިވާ 4 (ހަތަރެއް) ސުވާލުގެ ތެރެއިން، ފުރަތަމަ 2 (ދޭއް) ސުވާލާމެދު ޤާނޫނީގޮތުން ބަހުސެއް މައްސަލައިގެ ޚަޞްމުން އުފަންކޮށް، އެ މައްޗަށް ގޮތްކަނޑައަޅަންޖެހޭ މިންވަރަށް ބަޔާންކޮށްދީފައި ވާކަމަށްދެކެމެވެ. އެހެންނަމަވެސް، ތިންވަނަ ސުވާލާގުޅުވައި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފެކްޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވ. ދައުލަތް (މޯލްޑިވްސ ޕޮލިސް ސަރވިސް) (2019/SC-A/98) ޤަޟިއްޔއާއާ އެޓަރނީ ޖެނެރަލްގެ އޮފީސް ވ. އިސްމާޢީލް ޢަބްދުލްޙަމީދު (2019/SC-A/58) ޤަޟިއްޔާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، އެކަށީގެންވާ މިންވަރަށް ޤާނޫނީ ބަހުސެއް އުފައްދާފައިނުވާތީ، އެ ސުވާލާމެދު މި ކޯޓުން ގޮތެއް ކަނޑައަޅަންޖެހޭ ޤާނޫނީ ސަބަބެއްނެތެވެ. މި މައްސަލައިގެ ޚަޞްމުންގެ ދަރިފުޅު ރަޖިސްޓަރީ ކުރެވިދާނެތޯ؟
123HN11މި މައްސަލައިގެ ފެމިލީ ކޯޓާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ އަޑުއެހުމުގައި، އިސްތިއުނާފުކުރާ ފަރާތާއި އިސްތިއުނާފު ރައްދުވާ ފަރާތުގެ ދަރިފުޅު ރާއްޖޭގައި އުފަންވެ، ރަޖިސްޓަރީ ކުރެވިފައިނުވާކަމުގެ ޝަކުވާކޮށްފައިވެއެވެ. ކޯޓުތަކުގެ ޤާނޫނުގެ 32 ވަނަ މާއްދާއާއި، ހައިކޯޓުގެ ޤަވޢާ ދ 2011 ގެ 44 ވަނަ މާއްދާގައި، ހައިކޯޓުން މައްސަލަ ބަލާނީ، ދަށުކޯޓުގައި ހުށަހެޅި ހެކިތަކާއި ދިފާޢުތަކަކީ އަސާސްކަމުގައި ބަލައިގެންކަމަށް ބުނެފައިވެއެވެ.
124އިސްތިއުނާފު ކޮށްފައިވާ މައްސަލައަކީ އިސްތިއުނާފުކުރާ ފަރާތާއި އިސްތިއުނާފު ރައްދުވާ ފަރާތުގެ ކާވެންޏާމެދު ގޮތެއްނިންމުމުގެ މައްސަލައަށްވާއިރު، ފެމިލީ ކޯޓުގެ ޤަޟިއްޔާގެ މައުޟޫޢުން ބޭރުން، މި ދެމީހުންނަށް ލިބިފައިވާ ދަރިއަކު ދިވެހިރާއްޖޭގައި ރަޖިސްޓަރީ ކުރުމާމެދު މި ޤަޟިއްޔާގެ ތެރެއިން ގޮތެއް ކަނޑައެޅޭނެކަމަށް ނުދެކެމެވެ.
މައްސަލަ ނިންމަން ފެންނަގޮތް
125ބުނެވިދިޔަ ކަންކަން އެގޮތުގެމަތިން ހުރުމުން،
1.125. މި މައްސަލައިގައި އިސްތިއުނާފުކުރާ ފަރާތާއި އިސްތިއުނާފު ރައްދުވާ ފަރާތާމެދު ޢަމަލުކޮށފައިވަނީ ޤާނޫނުއަސާސީގް 20 ވަނަ މައްދާއާ ޚިލާފަށްކަމަށް ކަނޑައަޅައި، އަދި
2.125. ފެމިލީ ކޯޓުގެ ނަންބަރ 1433/Fm-C/2024 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމް ބާޠިލުކޮށް، އިސްތިއުނާފުކުރާ ފަރާތާއި އިސްތިއުނާފު ރައްދުވާ ފަރާތުން 01 ނޮވެމްބަރ 2022 ދުވަހު ސްރީލަންކާގައި ކޮށްފައިވާ ކާވެންޏަކ ޤާނޫނީ އަދި ޝަރުޢީ ހަމަތަކުގެމަތިން ޞައްޙަ ކާވެންޏެއްކަމަށް ކަނޑައަޅައި، އަދި
3.125. އެ ކާވެނި ރަޖިސްޓަރީ ކުރުމަށްއެދި ހުށަހެޅުމުން، އެކަށީގެންވާ ލަސްވުމެއްނެތި އެ ކާވެނި ރަޖިސްޓަރީ ކުރުމަށް ކަމާބެހޭ ފަރާތްތަކަށް އަންގަން ފެނެއެވެ.
ފަނޑިޔާރު ޙުސައިން މަޒީދުގެ ރައުޔު
126މި މައްސަލއަކަ އާދަމް xxxxxx އާއި އާމިނަތު xxxxxxއާ ދެމީހުން 01 ނޮވެންބަރު 2023 ގައި ސްރީލަންކާގައި ކޮށްފައިވާ ކާވެނި ފެމިލީ ކޯޓުގައި ރަޖިސްޓްރީކުރުމަށް 05 މރިޗާ 2024 ގައި ހުށަހެޅުމުން، އެ ކާވެންޏަކީ އާމިނަތު xxxxxxގެ ބައްޕަ xxxxxxxxxxxx، މުޙައްމަދު xxxxxx xxxxxx xxx ރުހުމުގައި ކޮށްފައިވާ ކާވންޏެއް ނޫންކަމަށެ 28 ޖުލައި 2024 ގައި xxxxxxxxxxx މެޖިސްޓްރޭޓް ކޯޓަށް އޭނާ ދީފައިވާ ބަޔާނުން އެނގޭތީ، އާއިލާއާބެހޭ ޤަވާޢިދުގެ 33 ވަނަ މާއްދާއަށް ރިޢާޔަތްކޮށް އެ ކާވެނި ރަޖިސްޓްރީކުރުން މިހިނދަށް މަޑުޖެހިފައިވާކަން ފެމިލީ ކޯޓުގެ ކާވެނީގެ ރަޖިސްޓްރާރ ޖަވާބު ދީފައިވަތީ، އުފެދުނު ޚުޞޫމަތެކެވެ. އަދި އެ ކާވެނި ރަޖިސްޓްރީ ކުރެވެންއޮތީ ޝަރީޢަތުން ގޮތެއް ކަނޑައަޅައިގެންކަމަށް ފެމިލީކޯޓުން އާދަމް xxxxxxށ މައުލޫމާތު ދީފައިވާކަމަށްބުނެ އެ ކާވެންޏާމެދު ޝަރީޢަތުން ގޮތެއް ކަނޑައަޅައިދިނުމަށް އެދި އާދަމް xxxxxx ފެމިލީކޯޓަށް މައްސަލަ ހުށަހެޅިއެވެ. އެގޮތުން ފެމިލީކޯޓުގެ ނަންބަރު 1433/Fm-C/2024 ޤަޟިއްޔާގައި ބެލިފައިވަނީ ބުނެވިދިޔަ ކާވެނި ޞައްޙަތޯނުވަތަ ނޫންތޯއެވެ. އެ ޤަޟިއްޔާގައި އެއީ ޞައްޙަ ކާވެންޏެއް ނޫންކަމަށް ކަނޑައަޅައި މައްސަލަ ނިންމާފައިވެއެވެ. މިއީ އެ ޤަޟިއްޔާގެ އިސްތިއުނާފެވެ.
127އާދަމް xxxxxx އާއި އާމިނަތު xxxxxx 01 ނޮވެންބަރު 2023 ގައި ކޮށްފައިވާ ކާވެންޏަކީ ޞައްޙަ ކާވެންޏެއ ނޫންކަމަށް ފެމިލީކޯޓުގެ ނަންބަރު 1433/Fm-C/2024 ޤަޟިއްޔާގައި ކަނޑައަޅާފައިވާ ސަބަބުތަކަށް ޖުމްލަގޮތެއްގައި ބަލާލާނަމެވެ. އެގޮތުން ޙުކުމަށް ވާޞިލުވުމުގައި ފާހަގަކޮށްފައިވާ މައިގަނޑު ސަބަބުތަކަކީ އާއިލާއާބެހޭ ޤާނޫނާއި ޤަވާއިދުގައި ވަލީ އަކީ ކާވެންޏެއް ޞައްޙަވުމަށްޓަކައި ފުރިހަމަވާންޖެހޭ ޝަރުޠަކަށްވެފައި ކާވެ ންޏެއ ކުރުމަށް ވަލީވެރިޔާ އިންކާރުކުރާ ޙާލަތުގައިވެސް ޢަމަލުކުރާނެ ގޮތްތައް ފެމިލީކޯޓުގެ 'ކައިވެނިފޯމުގެ ޖަވާބު' ނަންބަރު ފޯމުގެ ޖަވާބު ނަންބަރު D4/2023/227 އާއިލާއާބެހޭ ޤާނޫނާއި ޤަވާއިދުގައި ބަޔާންވެގެން ވާއިރު މިދެފަރާތުން އެފަދައިން ޢަމަލުކޮށްފައިނުވާކަން އެނގެން އޮވެފައި އެފަދައިން ވަލީ ހޯދުމަށް މަނާކުރާ އެއްވެސްކަމެއް މެދުވެރިފައިވާކަން ސާބިތުކޮށްދެވިފައި ނުވާކަމަށާއި، އާމިނަތު xxxxxx އާއި އާދަމް xxxxxx ކާވެނި ކުރުމަކީ އާމިނަތު xxxxxxގެ ބައްޕަ xxxxxxxxxxxxxxxxxxx ރުހޭކަމެއް ނޫންކަމަށާއި އެކަމަށް އާނއެކޭ ނުބުނާނެކަމަށް ބުނެފައިވާކަށާއި، މިއީ އާމިނަތު xxxxxxގެ ބައްޕަ ވަލީދިނުމަށް އިންކާރުކުރާ ފުރަތަމަ ފަހަރު ކަމަށް ނުވެފައި، ވަލީ ހޯދުމަށް ރާއްޖޭގެ ޝަރުޢީ ނިޒާމުގެ ތެރެއިން އެއްވެސް މަސައްކަތެއް ކޮށްފައިވކަނާ އެނގެން ނެތްކަމަށާއި، ޝަރުޢީ ކަންކަން ހަވާނަފުސުގެ އެދުންތަކާއި އެއްގޮތަށް މާނަކުރަން ފަށައިފިނަމަ މުޖުތަމަޢުގެ ޢާއްމު މަޞްލަޙަތު ގެއްލިގެން ހިނގައިދާނެތީ ޤާނޫނު ނަންބަރު 4/2000 (އާއިލާއާބެހޭ ޤާނޫނު)ގެ 9 ވަނަ މާއްދާ އާއި، 13 ވަނަ މާއްދާ އާއި ޢާއިލާއާބެހޭ ޤަވާޢިދުގެ 32 ވަނަ މާއްދާ އާއި، 33 ވަނަ މާއްދާ އާ ޙަވާލާދީފައިވާކަނ އެނގެން އޮވެއެވެ.
128ފެމިލީކޯޓުގެ ނަންބަރު 1433/Fm-C/2024 ޤަޟިއްޔާ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ ޚިލާފްކަމަށް ބުނެ އިސްތިއުނާފްކުރާ އާދަމް xxxxxxގެ ފަރާތުން އިސްތިއުނާފީ 08 (އަށެއް) ނުކުތާ ފޯމުގައި ބަޔާންކޮށްފައިވާއިރު، ޖުމްލަގޮތެއްގައި ފާހަގަކޮށްފައިވަނީ އެ ކާވެނި ފެމިލީ ކޯޓުގައި ރަޖިސްޓަރީވުން ލަސްވެފައިވަނީ އެ ކޯޓުގެ ކާވެނީގެ ރަޖިސްޓްރާރގެ އިހުމާލުން ކަމަށާއި، އާމިނާ ތ xxxxx ކުރިން ކުރި ކާވެނތަކުގައިވެސް އާމިނަތި xxxxގެ ބައްޕަ ވަލީ ދިނުމަށް އިންކާރުކޮށްފައިވާތީ އާމިނަތު xxxx އަށް ކާވެނި ކުރެވެން އޮތީ ޙާކިމުގެ ވަލީއަށްކަން ސާބިތުވާއިރު އެކަމަށް ރިޢާޔަތްކޮށްފައިނުވާކަމަށެވެ. އަދި ކާވެނި ކޮށްދީފައިވަނީ އިސްލާމީ ޝަރީޢަތާ އެއްގޮތަށް ކާވެނިކޮށްދިނުމުގެ ހުއްދަ އޮންނަ ފަރާތަކުން އިސްލާމީ ޝަރީޢަތާ އެއްގޮތަށްކަން އެނގެން އޮތްއިރު އެކަންކަމަށް ރިޢާޔަތްނުކުރާކަމަށާއި، ކާވނެ ޞައްޙަނޫންކަމަށް ނިންމާފައިވަނީ ވަލީވެރިޔާގެ ވަލީ ނެތި ކޮށްފައިވާ ކާވެ ންޏެއްކަމަށްވާތީ ކަމަށް ކޯޓުން ނިންމާފައިވާއިރު، އާމިނަތު xxxxxގ ބައްޕަގެ ބަހުން މި ކާވެނީގެ ވަލީއަކީ އޭނާއާ ބެހޭކަމެއްނޫންކަމަށެ ބުނާއިރު ހޯދާފައިވާ ޙާކިމުގެ ވަލީއަށް ބުރަދަނެއް ދީފއިނުވާކަމަށާއި، އާމިނަތަ xxxxxގެ ބައްޕަ މުޙައްމަދު xxxxxxxxxxxxއަކީ ކުރިންވެސް ވަލީދިނުމަށް އިންކާރުކޮށްފައިވާ އަދި އާމިނަތު xxxxxއަކީ އޭނގާ ދަރިއެއްކަމަށް ޤަބޫލުނުކުރާކަމަށް ޝަރީޢަތުގައި ބުނެފައިވާ ފަރާތެއްކަން އެނގޭއިރު ދިވެހި ސަރުކާރުގެ އިދާރާއެއްކަމަށްވާ ސްރީލަންކާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގައި ކާވެނިކޮށްދިނުމުގެ ހުއްދަ އޮންނަ ފަރާތަކުން ޙާކިމުގެ ވަލީއަށް ކާވެނިކޮށްދީފައި ވަނިކޮށް އަދި އިސްލާމީ ޝަރީޢަތުގައިބުނ ހުރިހާ ޝަރުޠެއް ހަމަވާއިރު، އެކަމަށް ރިޢާޔަތްކޮށްފައި ނުވާކަމަށެވެ. އަދި ޢާއިލާއާބެހޭ ޤަވާޢިދުގެ 32 ވަނަ މާއްދާއާއި، 33 ވަނަ މާއްދާއާ ޚިލާފަށް މައްސަލަ ނިންމފައިވާކަމަށާއި، އިބްރާހީމާ xxxxx އާއި އާމިނަތު xxxxxx ސްރީލަންކާގައި ކުރި ކާވންޏަކީ ވަލީނެތި ކޮށްފައިވެ ކާވންޏަކަށްވާތީ (ފެމިލީ ކޯޓުގެ ނަންބަރ -831/Fm C/2024 ޤަޟިއްޔާގައި) އެ ކާވެނި ބާޠިލުކަމަށް ކަނޑައަޅާފައިވާކަމާއި އެހެންކަމުން އާމިނަތު xxxxxx އޭގެފަހުން ކުރި ކާވެނިވެސް (އާދަމް xxxxxx އާއި އާމިނަތު xxxxxx ކޮށްފައިވާ ކާވނެ ) ބާޠިލުވި ނެކަނާ އެނގޭނެކަމަށާއި އޭގެ ނަތީޖާ އެނގިހުރެ ކާވެ ނިކޮށްފައިވާކަމަށް އިސްތިއުނާފްކުރެވޭ ޤަޟިއްޔާގައި ބަޔާންކޮށްފައިވާއިރު ފެމިލީ ކޯޓުގެ ނަންބަރު 831/Fm-C/2024 ޤަޟިއްޔާ ނިމިފައިވަނީ އާދަމް xxxx އާއި އާމިނަތު xxxxxx ކޮށްފައިވަ ކާވނެ ރަޖިސްޓްރީކުރުމަށް ހުށަހެޅިފަހުންކަމަށާއި، އަދި މިހުރިހާ އޮޅުންބޮޅުންތަކެއް އުފެދިފައިވަނީ އެކަން ކުރަންވީގޮތެއް ސާފުނުވާ ޖަވާ ބުތަކެއް ފެމިލީ ކޯޓުގެ ކާވެނީގެ ރަޖިސްޓްރާރ ދީފައިވުމުންކަން ފާހަގަކޮށްފައި ވެއެވެ. މި އިސްތިއުނާފުގައި އާދަމް xxxxxx އެދިފައިވަނީ ފެމިލީކޯޓުގެ ނަންބަރު 1433/Fm-C/2024 ޤަޟިއްޔާގެ ޙުކުމް ބާޠިލުކޮށްދީ، އާދމަ xxxxxx އާއި އާމިނަތު xxxxx 01 ނޮވެންބަރު 2023 ގައި ސްރީލަންކާގައި ކޮށްފައިވާ ކާވެންޏަކ އިސްލާމީ ޝަރީޢަތާ އެއްގޮތަށް ކޮށްފައިވާ ޞައްޙަ ކާވެންޏެއްކަމަށާއި، ރަޖިސްޓްރީކޮށްދޭންޖެހޭ ކާވންޏެއްކަމުގައެ ކަނޑައަޅައިދިނުމަށެވެ.
129މި މައްސަލައި ގައި އުފެދިފައިވާ ޝަރުޢީ، ޤާނޫނީ އަދި ވާޤިޢީ ސުވާލުތަކާއި އެސުވާލުތަކާ ގުޅިގެން އަހުރެންގެ ރައުޔު ބަޔާންކޮށްލާނަމެވެ. ކާވެނި ކުރުމުގައި އަނބިމީހާ އަދި ފިރިމީހާގެ ކިބައިގައި ފުރިހަމަވާންޖެހޭ ކަންކަން
130ކާވެނީގެ ރުކުންތަކުގައ ހިމެނި އަނބިމީހާ އަދި ފިރިމީހާގެ ކިބައިގައި ވަކި ޝަރުތުތަކެއް ފުރިހަމަވުން ލާޒިމްވެއެވެ.
131އެގޮތުން އަނބިމީހާގެ ކިބައިގައި އަންނަނިވި ކަންކަން ފުރިހަމަވާންޖެހެއެވެ.
1.131. ކާވެނިކުރުމަށް ހުރަސްއަޅާފަދަ ހުރިހާ ސަބަބަކުން އެއްކިބާވުން (އެމީހަކާ ކާވެނިކުރުން ޙަރާމް އަންހެނަކު ކަމުގައި ނުވުން)
2.131. ކާވެނިކުރާ އަންހެނަކީ މިވެނި އަންހެނެއްކަނ ކަނޑައެޅިގެން އެންގުން
3.131. އަންހެނާ ޙައްޖައ ނުވަތް ޢުމްރާއަށް އިޙްރާމް ބަނދެފައި ނުވުން
4.131. ޙަޤީޤީ އަންހެނެއ ކަމުގައް ވުން
132އަދި ފިރިމީހާގެ ކިބައިގައި އަންނަނިވި ކަންކަން ފުރިހަމަވާންޖެހެއެވެ.
1.132. ކާވެނިކުރުމަށް ބޭނުންވާ އަންހެނާއަށް ޙަލާލު ފިރިހެނެއ ކަމުގައް ވުން
2.132. ފިރިހެނާއަކީ މިވެނި މީހެއްކަން ކަނޑައެޅިގެން އެނގުން
3.132. ފިރިހެނާ ޙައްޖައ ނުވަތް ޢުމްރާއަށް އިޙްރާމް ބަނދެފައި ނުވުން، މިއެވެ. . أحوال الشخصية އަލްއަޙްވާލުއް ޝަޚްޞިއްޔާ، ޑރ. ޢަބްދުއްސައްތާރު ޢަބްދުއްރަޙްމާން ޞ. 115 . أحوال الشخصية އަލްއަޙްވާލުއް ޝަޚްޞިއްޔާ، ޑރ. ޢަބްދުއްސައްތާރު ޢަބްދުއްރަޙްމާން،ޞ. 117 އިސްލާމީ ޝަރީޢަތުގައި ކައިވެނިކުރުމުގެ ކުރިން ވަލީ ހޯދުން ލާޒިމްވުން
133HN1އިސްލާމީ ޝަރީޢަތުގައި ކައިވެނިކުރާއިރ ވަލީވެރިޔަކު ހުރުން ކޮންމެހެން ލާޒިމްވާނެއެވެ. عَن أَبِي مُوسَى، 35 َ قَالَ قَالَ رَسُولُ ّللاَِ صلى للا عليه وسلم " لَ نِكَاحَ إِل بِوَلِي " أبو موسى رضي للا عنه ގެ އަރިހުން ރިވާވެފައިވެއެވެ. رسول للا صلى للا عليه وسلم ޙަދީޘް ކުރެއްވިއެވެ. "ވަލީއާ ނުލައި ކާވެނި ޞައްޙައެއް ނުވާނެއެވެ."
134މީގެ އިތުރުން ވަލީވެރިޔާގެ އިޒުނައާނުލައ ކުރި ކައިވެނި ބާޠިލުވާނެ ކަމަށް ޞައްޙަ ޙަދީޘްގައި ވާރިދުވެފައިވެއެވެ. އަދި އަންހެނާގެ ކާވެނި ކޮށްދިނުމުގައި ވަލީވެރިންގެ މެދުގައި އަރައިރުން ވެއްޖެނަމަ އެއަންހެނާގެ ވަލީވެރިޔަކީ ޙާކިމ ކަމަށް ހަމަ މި ޙަދީޘްގައި ވާރިދުވެފައިވެއެވެ. عَن عَائِشَةَ، أَنَ رَسُولَ ّللاَِ فَإِن بَاطِل فَنِكَاحُهَا بَاطِل فَنِكَاحُهَا بَاطِل فَنِكَاحُهَا وَلِيِ هَا إِذنِ بِغَيرِ نُكِحَت امرَأَة أَيُّمَا " قَالَ وسلم عليه للا صلى َ 36 رضي عَائِشَة " ُلَه وَلِيَ َل مَن وَلِيُّ فَالسُّلطَانُ اشتَجَرُوا فَإِنِ فَرجِهَا مِن استَحَلَ بِمَا المَهرُ فَلَهَا بِهَا دَخَلَ للا عنها ގެ އަރިހުން ރިވާވެފައިވެއެވެ. رسول للا صلى للا عليه وسلم ޙަދީޘް ކުރެއްވިއެވެ. "ވަލީވެރިޔާގެ އިޒުނައާނުލައި ކާވެނިކޮށްފި އަންހެނާގެ ކާވެންޏަކީ ބާޠިލު ކާވެންޏެކެވެ. އެކަނބުލޭގެ އެކާވެންޏަކީ ބާޠިލު ކާވެންޏެކެވެ. އެކަނބުލޭގެ އެކާވެންޏަކީ ބާޠިލު ކާވެންޏެކެވެ. ފަހެ އެފިރިހެނާ އަންހެނާއާ ޖިމާޢުކޮށްފިނަމަ އެ ނެގިފައިދާގެ ބަދަލުގައި އެކަނބުލޭގެއަށ ރަން ދޭހުށިކަމެވެ! ފަހެ އަންހެނާގެ ކާވެނި ކޮށްދިނުމުގައި ވަލީވެރިންގެ މެދުގައި އަރައިރުން ވެއްޖެނަމަ ދަންނައެވެ! އެއަންހެނެއްގެ ވަލީވެރިޔާނެތް އަންހެނާގެ ވަލީވެރިޔަކީ ސުލްޠާނެވެ. (އެބަހީ ޙާކިމެވެ.)"
135މި މައްސަލައަށް ބަލާއިރު އާދަމް xxxxxx އާއި އާމިނަތު xxxxxއާ ދެމީހުން 01 ނޮވެންބަރު 2023 ގައި ސްރީލަންކާގައި ކޮށްފައިވާ ކާވެނި ކޮށްފައިވަނީ ވަލީއާ ނުލާތޯ؟ جامع الترمذي 1101 (ޞަޙީޙް) جامع الترمذي 1102 (މިއީ ޞަޙީޙ ޙަދީޘް އެއްކަމަށް އައްޝައިޚް އަލްބާނީ ވިދާޅުވެފައިވެއެވެ.)
1.135. އާދަމް xxxxxx އާއި އާމިނަތު xxxxxx 01 ނޮވެންބަރު 2023 ގައި ސްރީލަންކާގައި ކޮށްފައިވާ ބުނެވުނު ކާވެނި ކޮށްދީފައިވަނީ ޚަޠީބު އަލްޙާޖް އެމް. ފައުޒުލް އަލީމ ފާރޫޤް ކަމާއި، އޭނާއަކީ އިސްލާމީ ޝަރީޢަތާ އެއްގޮތަށް ކާވެ ނިކޮށްދިނުމުގެ ޙުއްދ އޮންނަ ފަރާތެއްކަމަށް ކޮލޮމްބޯ ޑިސްޓްރިކްޓް މެރިޖް ރެޖިސްޓްރާސ އެސޯސިއޭޝަން އިން ލިއުމެއްދީފައިވާކަމާއި، މިކާވނި ކޮށްފައިވަނީ އާދަމެ xxxxxx އާއި އާމިނަތު xxxxxx ސްރީލަންކާގައި ތިބެގެންކަން ސްރީލަންކާގެ ކޮޅުނބުގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުން 02 ނޮވެންބަރު 2023 ގައި 38 37 ދޫކޮށްފައިވާ ލިއުމުން އެނގެން އޮވެއެވެ. އަދި އެ ކާވެނީގެ ސެޓްފިކެޓަށެ ( Certificate of Marriage) ބަލާއިރު، އެ ކާވެނި ކޮށްދީފައިވަނީ ޙާކިމުގެ ވަލީއަށް ކަން އެނގެން އޮތުމުން އެ ކާވެންޏަކީ ޙާކިމުގެ ވަލީއަށް ކޮށްދީފައިވާ ކާވންޏެއްކަން އެނގެއެވެ.
136HN2HN3ދިވެހިރާއްޖެއިން ބޭރުގައި ޙާކިމުގެ ވަލީއަށް، ދިވެހިނނަށް ދިވެހިންނާ ކާވެނި ކުރެވިދާނެތޯ އާއި، އެފަދައިން ޙާކިމުގެ ވަލީއަށް ކާވެނި ކުރުމުގެ ކުރިން ދިވެހިރާއްޖޭގެ ކޯޓުތަކަށް ހުށަހަޅައިގެން ދިވެހިރާއްޖޭގެ ޤާނޫނީ ނިޒާމުގެ ތެރެއިން ޙާކިމުގެ ވަލީ ހޯދުން ލާޒިމުތޯ ނޫންތޯ؟
1.136. ދިވެހިރާއްޖެއިން ބޭރުގައި ދިވެހިންނަށް ކާވެ ނިކުރެވޭނެކަނ ޤާނޫން ނަންބަރު 4/2000 (ޢާއިލާއާބެހޭ ޤާނޫނު) ގެ 19 ވަނަ މާއްދާ އާއި، 22 ވަނަ މާއްދާ އާއި، ގަވާއިދު ނަންބަރު 99-2022/R (ޢާއިލާއާބެހޭ ޤަވާއިދު) ގެ 30، 31، 32 އަދި 33 މި މާއްދާތަކަށް ބެލުމުން އެނގެއެވެ. ކާވެނި ޞައްޙަވުމަށްޓަކައި ބޭނުންވަނީ އިސްލާމީ ޝަރީޢަތުގައި ފުރިހަމަވާންޖެހޭ ޝަރުޠުތައް ފުރިހަމަވުންކަން ޢާއިލާއާބެހޭ ޤާނޫނުގެ 13 ވަނަ މާއްދާއިން އެނގެންއޮތުމުން ކޮންމެ ތަނެއްގައި ކާވެނި ކުރިނަމަވެސް އިސްލާމީ ޝަރީޢަތުގައި ފުރިހަމަވާންޖެހޭ ޝަރުޠުތައް ސްރީލަންކާގެ ކޮޅުނބުގައި ހުންން ދިވެހިރާއްޖޭގެ ހައިކޮމިޝަނުން 02 ނޮވެންބަރު 2023 ގައި ދޫކޮށްފައިވާ ނަންބަރު 27CA/TW/2023/128 ލިއުން Certificate of Marriage (no: MFA/SN/30/2023) ފުރިހަމަ ވެގެން ކުރާ ކާވެނި ޞައްޙަވާ ނެކަން އެނގެއެވެ. ޙާކިމުގެ ވަލީއަށް ކާވެނިކުރުމަކީ އެ ކާވެނި ޞައްޙަ ނުވާންވީ ސަބަބެއް ނޫނެވެ. އެހެންކަމުން ދިވެހިރާއްޖެއިން ބޭރުގައިވެސް ދިވެހިންނަށް ޙާކިމުގެ ވަލީއަށް ކާވެނި ކުރެވޭނެއެވެ.
2.136. ދިވެހިރާއްޖެއިން ބޭރުގައި ދިވެހިން ޙާކިމުގެ ވަލީއަށް ކުރާ ކާވެނިތަކުގައި، ދިވެހިރާއްޖޭގެ ކޯޓުތަކަށް ހުށަހަޅައިގެން ދިވެހިރާއްޖޭގެ ޤާނޫނީ ނިޒާމުގެ ތެރެއިން ޙާކިމުގެ ވަލީ ހޯދުން ލާޒިމުކުރާ އެއްވެސް މާއްދާއެއް ޢާއިލާއާބެހޭ ޤާނޫނުގައި އަދި ޢާއިލާއާބެހޭ ޤަވާޢިދުގައިވެސް ނެތެވެ. ހަމައެހެންމެ ރާއްޖެއިންބޭރުގައ ކުރި ކާވެނިތަކުގައި ޙާކިމުގެ ވަލީ ހޯދާނެ އިޖުރާއަތެއްވެސް ނެތެވެ. އެހެންކަމުން ދިވެހިރާއްޖެއިން ބޭރުގައި ދިވެހިން ޙާކިމުގެ ވަލީއަށް ކުރާ ކާވެނިތަކުގައި، ދިވެހިރާއްޖޭގެ ކޯޓުތަކަށް ހުށަހަޅައިގެން ދިވެހިރއްޖާ ގެ ޤާނޫނީ ނިޒާމުގޭ ތެރެއިން ޙާކިމުގެ ވަލީ ހޯދު ން ލާޒިމުކުރާނެ އެއްވެސް ޤާނޫނީ ހުއްޖަތެއް ނެތުމުން އެކަން އެގޮތަށް ކުރުމަށް ލޒާ މުކުރެވިދާނެކަމުގައި ނުދެކެމެވެ. މީގެ އިތުރުން ދިވެހިރާއްޖޭގެ ކޯޓުތަކަށް ހުށަހަޅައިގެން ދިވެހިރާއްޖޭގ ޤާނޫނެ ނިޒާމުގެ ތެރެއިން ޙާކިމުގެ ވަލީ ހޯދާފައި ނުވުމަކީ ރާއްޖެއިން ބޭރުގައި ޙާކިމުގެ ވަލީއަށް ކޮށްދޭ ކާވެ ނިތައ ޞައްޙަނޫންކަމަށް ކަނޑައެޅިދާނެ ހުއްޖަތެއްކަމުގައިވެސް ނުދެކެމެވެ. އިސްލާމީ ޝަރީޢަތާ އެއްގޮތަށް ކާވެނިކޮށްދިނުމަށް އެހެން ޤައުމެއްގެ ޤާނޫނީ ނުވަތަ ޝަރުޢީ ނިޒާމުގެތެރެއިން ހުއްދަ ދީފައިވާ ފަރާތްތަކުން އިސްލާމީ ޝަރީޢަތާ އެއްގޮތަށް ޙާކިމުގެ ވަލީއަށް އެ ޤައުމެއްގައި ކޮށްދޭ ކާވެނިތައް ޞައްޙަވާނެއެވެ.
3.136. އާދަމް xxxxxx އާއި އާމިނަތު xxxxxx ކާވެނި ކޮށްދީފައިވަނީ ސްރީލަންކާގައި މުސްލިމުންގެ ކާވެނިތައް ކޮށްދިނުމަށް ހުއްދަ އޮންނަފަރާތަކުންނެވެ. ކާވނެ ކޮށްދީފައިވަނީ ޙާކިމުގެ ސްރީލަންކާގެ ކޮޅުނބުގައި ހުންން ދިވެހިރާއްޖޭގެ ހައިކޮމިޝަނުން 02 ނޮވެންބަރު 2023 ގައި ދޫކޮށްފައިވާ ނަންބަރު 27CA/TW/2023/128 ލިއުން ވަލީއަށެވެ. އެކަން ކާވެނީގެ ސެޓްފިކެޓުން އެނގެން އެއޮތީއެވެ. މިއީ ކާވނިކުރުމަށް ޙާކިމުގެ ވަލީ ހޯދިގޮތާމެދ ސުވާލު އުފައްދައިގެން ޙާކިމުގެ ވަލީ ހޯދިގޮތް ޞައްޙަ ނޫންކަމަށް ބުނެ އެއީ ބާޠިލު ކާވެންޏެއ ކަމަށް ކަނޑައަޅައިދިނުމަށް ހުށަހެޅުން މައްސަލައެއު ނޫނެވެ. ސްރީލަންކާގައި މުސްލިމުންގެ ކާވެ ނިތައ ކޮށްދިނުމަށް ހުއްދް އޮންނަފަރާތަކުން ޙާކިމުގެ ވަލީއަށް އެ ކާވނެ ކޮށްދީފައިވާއިރު، ހޯދާފައިވާ ޙާކިމުގެ ވަލީ ޞައްޙަނޫންކަމަށް ކަނޑައެޅެންވާނީ ޝަރުޢީ އުސޫލުތަކާއި ސްރީލަންކާގައި މުސްލިމުން ޙާކިމުގެ ވަލީއަށް ކާވނިކުރުމުގެ އިޖުރާއަތަކާ ޚިލާފަށެ ޙާކިމުގެ ވަލީ ހޯދާފައިވާކަން ސާބިތުވެގެންނެވެ. މި މައްސަލައިގައި ޙާކިމުގެ ވަލީ ހޯދާފައިވަނީ އެފަދަ އިޖުރާއަތަކާ ޚިލާފަށް ގޯސްކޮށްކަނ ފެންނާކަށް ނެތެވެ. އެހެންކަމުން އާދަމަ xxxxxx އާއި އާމިނަތު xxxxxx އާ ދެމީހުން 01 ނޮވެންބަރު 2023 ގައި ސްރީލަންކާގައި ކޮށްފައިވާ ކާވެންޏަކީ ޞައްޙަނޫން ކާވެންޏެއްކަމަށް ފެމިލީކޯޓުން ކަނޑައަޅާފައިވަނީ ރަނގަޅަށް ކަމުގައި ބެލެވޭކަށް ނެތެވެ.
137HN4ދިވެހިރާއްޖެއިން ބޭރުގައި، ވަލީވެރިޔާގެ ވަލީނެތި ދިވެހިން ކުރާ ކާވެނި ދިވެހިރާއްޖޭގެ ކާމާބެހޭ ކޯޓުގައި ރަޖިސްޓަރީ ކުރުމުގެކުރިން ވަލީވެރިޔާގެ ރުހުން އޮތްތޯ ބަލަންޖެހޭތޯ؟
1.137. ދިވެހިރާއްޖެއިން ބޭރުގައިކުރާ ކާވެނި ރަޖިސްޓަރީ ކޮށްދެވޭނީ ޢާއިލާއާބެހޭ ޤަވާޢިދުގެ 32 ވަނަ މާއްދާގެ (ހ) އިން ފެށިގެން (ކ) ގެ ނިޔަލަށް ހުރި ކަންތައްތައް ފުރިހަމަވުމުންކަމުގައި ބަޔާންކޮށްފައިވެއެވެ. އޭގެތެރޭގައި އެ މާއްދާގެ (ނ) ގައި ވަލީވެރިޔާގެ ރުހުންލިބިފައިވުން ބަޔާންކޮށްފައި ވެއެވެ. އަދި ދިވެހި އަންހެނަކު ރާއްޖެއިން ބޭރުގައި ކުރާ ކާވެނީގައި ވަލީވެރިޔާގެ ރުހުން ލިބިފައިވާކަން އެނގެން ނެތްނަމަ އެ ކާވެނި ކޯޓުގައި ރަޖިސްޓަރީ ކޮށްދެވޭނީ ވަލީވެރިޔާގެ Certificate of Marriage (no: MFA/SN/30/2023) ރުހުން ލިބުމަށްފަހުގައި ކަން ޢާއިލާއާބެހޭ ގަވާއިދުގެ 33 ވަނަ މާއްދާގައި ބަޔާންކޮށްފައި އޮތުމުން، ކާވެނި ރަޖިސްޓަރީ ކުރުމުގެ ބޭނުމަށް ވަލީވެރިޔާގެ ރުހުންއޮތްތޯ ބެލުމކަ ޢާއްމުކޮށް ޢަމަލުކުރަންޖެހޭ ގޮތްކަމުގައި ބަލަންޖެހެއެވެ.
138HN5ރާއްޖެއިން ބޭރުގައި ދިވެހިން ކުރާ ކާވނެ ރާއްޖޭގެ ކަމާބެހޭ ކޯޓުގައި ރަޖިސްޓރަ ކުރުމުގެ ބޭނުމަށް ވަލީވެރިޔާގެ ރުހުން އޮތްތޯ ބަލާއިރު، ރުހުން ނެތްކަމަށް ވަލީވެރިޔާ ބުނެފިނަމަ ކާވެނި ރަޖިސްޓަރީކުރުމަށެ އިސްތިސްނާއީ ޙާލަތެއް ޤަބޫލުކުރެވިދާނެތޯ؟
1.138. ރާއްޖެއިން ބޭރުގައި ދިވެހިން ކުރާ ކާވެނި ރަޖިސްޓަރީ ކުރުމުގެ ބޭނުމަށް ވަލީވެރިޔާގެ ރުހުން އޮތްތޯ ބަލާއިރު ރުހުން ނެތްކަމަށް ބުނާނަމަ އެކަމުގައި މަޤުބޫލު ސަބަބެއް އޮންނަންޖެހޭކަމުގައި ދެކެމެވެ. ސަބަބަކީ ވަލީވެރިޔާ ވަލީދޭން އިންކާރު ކުރަނީ މަޤުބޫލު އުޒުރެއް އޮވެގެން ނޫންކަމަށް ޝަރީޢަތަށް ފެނިއްޖެނަމަ ޙާކިމުގެ ވަލީއަށް ކާވެނި ކޮށްދެވޭނެކަން ޢާއިލާއާބެހޭ ޤާނޫނުގެ 17 ވަނަ މާއްދާއިން އެނގެން އޮންނާތީއެވެ. ވަލީވެރިޔާ މަޤުބޫލު ސަބަބެއްނެތި ކާވެނީގެ ވަލީދޭން އިންކާރުކުރާ ޙާލަތުގައި ޙާކިމުގެ ވަލީއަށް ކާވެނި ޝަރުޢީހަމަތަކާއެއްގޮތަށް ޢަޤުދުކުރުން ހުއްދަވާއިރު، ކޮށްފައިވާޞައްޙަ ކާވެންޏެއ ރަޖިސްޓަރީކުރުމަށް ބޭނުންވާ ވަލީވެރިޔާގެ ރުހުން ނުދިނުމުގައިވެސް މަޤުބޫލު ސަބަބެއް ދެއްކިފައި ނެތްނަމަ އެ ކާވެންޏެއް ރަޖިސްޓަރީކުރެވެން ވާނެއެވެ.
2.138. އާމިނަތު xxxx މިހާތަނަށް 4 (ހަތަރެއް) ކާވެނި ކޮށްފައެ ވާކަން އެނގެން އޮތްއިރު މީގެތި ރެއިނެ ފުރަތަމަ 2 ކާވެނި (2005 އަދި 2013) ކޮށްފައިވަނީ ދިވެހިރާއްޖޭގައި ކަމާއި، އަދި ކާވެނީގެ ސެޓްފިކެޓްގެ ނަކަލު C/2005/30-10-A (14 ޑިސެންބަރު 2005)، ކާވެނީގެ ސެޓްފިކެޓްގެ ނަކަލު A10MC/2013/10 (20 މާރިޗު )2013 އޭގެފަހުން ކުރި 2 ކާވެނި ( 2022 އަދި 2023) ކޮށްފައިވަނީ ސްރީލަންކާގައި ކަން އެނގެން އެވެއެވެ. އަދި ބުނެވިދިޔަ 4 ކާވެނިވެސް ކޮށްފައިވަނީ ޙާކިމުގެ ވަލީއަށް ކަން އެނގެން އޮވެއެވެ. އާމިނަތު xxxxx ކުރިން ކޮށްފައވި ހުރިހާ ކާވެންޏެއްވެސް ކޮށްފައިވަނީ ޙާކިމުގެ ވަލީއަށް ކަމަށް ވެފައި ވަލީ ދޭން އޭނާގެ ބައްޕަ އިންކާރުކޮށްފައިވަނީ އެއްވެސް މަޤުބޫލު ސަބަބެއް އޮވެގެން ނޫންކަމާއި އާމިނަތު xxxxxx އަކީ އޭނާގެ ދަރިއެއް ނޫންކަމަށް ޝަރީޢަތަށް ބަޔާންދީ ނަސްލާމެދު އިންކާރުކޮށްފައި ވެއެވެ. އާމިނަތު xxxx އަކީ xxxxx، xxxxx، މުޙައްމަދު xxxxxxxxxxxxގެ ދަރިއެއްކަމަށް ކޯޓުން ކަނޑައަޅާފައިވާއިރު، ދަރިއެއް ނޫންކަމަށް ބުނެ ކާވެންޏަށް ރުހުންދޭން އިންކާރުކުރުމަކީ މަޤުބޫލު ސަބަބެއް ނޫނެވެ. މި މައްސަލައިގައި 16 ސެޕްޓެންބަރު 2024 ގައި ފެމިލީ ކޯޓުން ނަގާފައިވާ އާމިނަތު xxxxxގެ ބައްޕަ މުޙައްމަދު xxxxxxxxxxxxxxxގެ ބަޔާނުގައި "...އާމިނަތު xxxxއަކީ އަޅުގަނޑުގެ ދަރިއަކަށް ނުވާތީ އޭނާއަށް ވަލީ ދިނުމަކީ އަޅުގަނޑާ ގުޅުންހުރިކަމެއް ނޫނެވެ. އާމިނަތު xxxx އަކީ އަޅުގަނޑުގެ ދަރިއެއްކަމަށް ނިންމާފައިވަނީ ޝަރީޢަތުންނެވެ. އާމިނަތު xxxx މީގެކުރިން ކުރި އެއްވެސް ކައިވެންޏެއް ކުރުމަށް އަޅުގަނޑު ވަލީ ދީފައެއް ނޯންނާނެއެވެ. ވީމާ، އާމިނަތު xxxx އާއި އާދަމް xxxx އާ ދެމީހުން ކައިވެނިކުރުމަކީ އަޅުގަނޑު ރުހޭކަމެއް ނޫނެވެ..". މިފަދައިން ބަޔާންދީފައިވެއެވެ. އެހެންކަމުން އާދަމް xxxx އާއި އާމިނަތު xxxxx 01 ނޮވެންބަރު 2023 ގައި ސްރީލަންކާގައި ކޮށްފައިވާ ކާވެނި ރަޖިސްޓަ ރ ކުރުމުގެ ބޭނުމަށް އާމިނަތު xxxxxގ ބައްޕަގެ ރުހުން އެކަމުގައި ނެތްކަމަށް ބުނާ ބުނުމެއްގެ Certificate No: CN/FEB/025/2022 (22 ފެބުރުވަރީ 2022،) : MFA/SN/30/2023No Certificate of Marriage (01 ނޮވެންބަރު 2023) އާމިނަތު xxxގެ ބައްޕަ 16 ސެޕްޓެންބަރު 2024 ގައި ފެމިލީ ކޯޓަށް ދީފައި ބަޔާން ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކޯޓުގެ ނަންބަރު 2005/xxxx47/ (ނިމުނު ތާރީޚު: 30 އޮގަސްޓު 2006( ސަބަބުން، ޝަރުޢީގޮތުން ހަމަވާންޖެހޭ އެންމެހައި ޝަރުޠުތައް ހަމަވެގެން ކޮށްފައިވާ ޞައްޙަ ކާވެންޏެއް ރަޖިސްޓރީނަވެ އޮތުމަކީ ހަމަޖެހޭކަމެއް ނޫނެވެ.
ނިންމަން ފެންނަގޮތް
139ފެމިލީ ކޯޓުގެ ނަންބަރު 1433/Fm-C/2024 ޤަޟިއްޔާގެ ޙުކުމް ބާޠިލުކޮށް، އާދަމް xxxx އާއި އާމިނަތު xxxxx 01 ނޮވެންބަރު 2023 ގައި ސްރީލަންކާގައި ކޮށްފައިވާ ކާވެންޏަކީ ޞައްޙަނޫން ކާވެންޏެއްކަމުގައި ކަނޑައަޅަންޖެހޭ ޝަރުޢީ ނުވަތަ ޤާނޫނީ ސަބަބެއް ނެތްކަމަށް ކަނޑައަޅައި، އެ ކާވެނި ރަޖިސްޓަރީކުރުމަށް އާމިނަތު xxxxxގ ވަލީވެރިޔާގެ ރުހުން ނެތްކަމަށް ބުނާ ބުނުމަކީ މަޤުބޫލު ސަބަބެއް ނެތި ކަނޑައެޅިގެން ގޯސް އަސާސެއްގެ މައްޗަށް ބުނާ ބަހަކަށްވާތީ، އެ ކާވެނި ފެމިލީ ކޯޓުގައި ރަޖިސްޓަރީކުރަން ކާވެނިކުރި ދެފަރާތުންކުރެ ފަރާތަކުން ހުށަހަޅައިފިނަމަ އެ ކާވެނި ރަޖިސްޓަރީ ކޮށްދިނުމަށް ފެމިލީ ކޯޓަށް އަންގައި މި މައްސަލަ ނިންމަން ފެނަ އެވެ.
ފަނޑިޔާރާ ފާޠިމަތު ފަރްހީޒާ ރައުޔު
140HN6HN7މި މައްސަލައިގއަ ފނޑިޔާރަ ޙުސައިން މަޒީދގު ރަޢޔަށު ތާއީދުކުރުމާއެކު އަންނަނިވި ކަންތައްތައް ފާހަގަކުރަމެވެ.
1.140. ޢާއިލާއާބެހޭ ގަވާއިދުގެ 33 ވަނަ މާއްދާގައި "ދިވެހި އަންހެނަކު ރާއްޖެއިން ބޭރުގައި ކުރާ ކައިވެނީގައި ވަލީވެރިޔާގެ ރުހުން ލިބިފައިވާކަން އެނގެން ނެތްނަމަ އެ ކައިވެނި ކޯޓުގައި ރަޖިސްޓަރީ ކޮށްދެވޭނީ، ވަލީވެރިޔާގެ ރުހުން ލިބުމަށްފަހުގައި ކަމަށް" ބަޔާންކޮށްފައިވެއެވެ. މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 3 ވަނަ މާއްދާގެ ދަށުން، ޢާންމު މާނައަށް ބަލާއިރު، މިމާއްދާގެ ސަރީޚަ އިބާރާތުގައި ވަލީވެރިޔާގެ ރުހުން އޮތްތޯ ބަލަންޖެހޭ ކަމަށް އޮންނަ އޮތުމަށާއި، އެޤާނޫނުގެ 6 ވަނަ މާއްދާގެ ދަށުން މަޤްޞަދަށް ބެލުމުގެ އުޞޫލަށް ރިޢާޔަތްކުރާއިރު، ރާއްޖެއިން ބޭރުގައި ކުރާ ކައިވެނި ރަޖިސްޓަރީ ކުރުމުގައި، ޙާކިމުގެ ވަލީ ލިބިފައި އޮންނަ ކަމަށް ބެލެވޭ ޙާލަތްތަކުގައިވެސ، ނަސަބުގެ ގޮތުން ވަލީވެރިޔަކު ބަހެއް އޮތތް ބަލަންޖެހޭ ކަމުގައި ދެކެމެވެ.
2.140. މިގޮތުން ބަލާއިރު، ދިވެހިރާއްޖޭގެ ޢާއިލާއާބެހޭ ޤާނޫނުން ބަލައިގަނެފައިވާ ޢާންމު އުޞޫލަކީ، ނަސަބުގެ ގޮތުން ވަލީވެރިޔަކު ވަލީ ދިނުމެވެ. ނުވަތަ، މިފަދަ ވަލީވެރިއެއްގެ ވަލީ ލިބެން ނެތް ޙާލަތްތަކުގައި ޙާކިމު ވަލީއަށް ކާވެނިކޮށްދިނުމެވެ. ޢާއިލާއާބެހޭ ޤާނޫނުގެ 9 ވަނަ މާއްދާގެ
(ށ) އަށް ބެލުމުން ޙާކިމު ވަލީއަށް ކާވެނި ކޮށްދެވެނީ ވަކި ޝަރުޠުތަކެއް ފުރިހަމަވެގެންނެވެ. އެއީ؛ (1) ނަސަބުގެ ގޮތުން ވަލީ އަރާ މީހަކު ދުނިޔޭގައި ނެތުން، (2) މަޤުބޫލު ސަބަބެއް ނެތި، ވަލީވެރިޔާ ވަލީ ދިނުމުން މަނާވެގަތުން، (3) ވަލީވެރިޔާ ވީތަނއެ ނޭނގުން، (4) ވަލީވެރިޔާއަކީ ވަލީދިނުމުގެ ޝަރުޠު ފުރިހަމަވާ މީހަކު ކަމުގައި ނުވުން، މިއެވެ. ކޮންމެ ކޮންމެ ޙާލަތެއްގައި ޙާކިމު ވަލީއަށް ކާވެނި ކުރުމަކަށް ދިވެހިރާއްޖޭގެ ޢާއިލާއާބެހޭ ޤާނޫނު ތަނެއް ނުދެއެވެ. ޤާނޫނު ނަންބަރު 4/2011 – މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނު އބޙ
3.140. ކާވެނީގެ ރުކުންތަކުގެ ތެރެއިން، ވަލީއާ ގުޅޭގޮތުން، އިސްލާމީ ޝަރީޢަތުގެ ފިޤުޙު ޢިލްމުވެރިންގެ މެދުގައި ރަޢުޔު ތަފާތެވެ. މިސާލަކަށް އިމާމު އަބޫ ޙަނީފާގެ ރަޢުޔުގައި ވިލާޔަތުގެ ޝަރުޠަކީ، ކާވެންޏަށް އަންހެން މީހާގެ ރުހުން އޮތުމެވެ. އެހެންކަމުން، ދުނިޔޭގެ އެކި ޤައުމުތަކުގައި ކާވެނީގެ ރުކުނެއް ގޮތުގައި ވަލީ ބަލައިގަންނަ ގޮތާއި، ވަލީ ހޯދުމުގައި ޢަމަލުކުރެވޭ އިޖުރާއާތު ތަފާތުވުމަކީ ނުވެ ނުދާނެ ކަމެކެވެ. ދުނިޔޭގެ އެކި ޤައުމުތަކުގައި ވަލީއާމެދު ޢަމަލުކުރެވޭ ގޮތް ތަފާތު އިރު، ޙާކިމު ވަލީއަށް ކާވެނި ކޮށްދެވޭ ޙާލަތްތަކުގައި ވަލީވެރިޔާގެ ބަހެއް ހޯދަން އެއްވެސް މަސައްކަތެއް ކޮށްފައިނުވުނ ނުވަތް ވަލީވެރިޔާއަށް އެނގުމެއ ނެތް ކާވެނި ކުރެވުމުގެ ފުރުސަތު ލިބި ހިނގައިދާނެއެވެ.
4.140. ޢާއިލާއާބެހޭ ގަވާއިދުގެ 33 ވަނަ މާއްދާގައި ދިވެހި އަންހެނަކު ރާއްޖެއިން ބޭރުގައި ކުރާ ކާވެނީގައި ވަލީވެރިޔާގެ ރުހުން ލިބިފައިވާކަން އެނގެން ނެތްނަމަ، އެ ކވެނާ ކޯޓުގައި ރަޖިސްޓަރީ ކޮށްދެވޭނީ ވަލވެރިޔާގީ ރުހުން އޮތްތޯ ބެލުމަށް ފަހުކަމަށް ލާޒިމުކޮށްފައިވަނީ، ބުނެވުނު ތަފާތު ރޢަޔުތައް އެގޮތުގައި އޮތުމުން، އެފަރަޤުތަކަށ އިޚްތިރާމް ކުރުމާއެކު، ދިވެހިރާއްޖޭގައި ކާވެނި ރަޖިސްޓަރީކުރެވޭ އިރު، ވަލީވެރިޔާގެ ރުހުން އޮތްތޯ ކަށަވަރުކުރުމަށެވެ. ޙާކިމު ވަލީއަށް ކާވެނިކުރެވިފައިވާ ޙާލަތުގައިވެސް، ރާއްޖޭގެ ޤާނޫނުގައި ޙާކިމު ވަލީއަށް ކާވެނިކުރެވޭ ޙލަތްތައާ ވުޖޫދުގައިވޭތޯ ކަށަވަރުކުރުމަށެވެ. މިމާއްދާގައި، ކާވެނި ރަޖިސްޓަރީކުރުމުގައި ވަލީވެރިޔާގެ ރުހުން އޮތްތޯ ބެލުން ހިމެނިފައިވަނީ، ވަލީވެރިޔާއަށް އެނގުމެއ ނެތް ކާވެނި ކުރުމުގެ ފުރުސަތު ހަނިކުރުމުގެ މަޤޞްދުގައިކަމުގައި ބެލެވެއެވެ. أحوال الشخصية އަލްއަޙްވާލުއް ޝަޚްޞިއްޔާ، ޑރ. ޢަބްދުއްސައްތާރު ޢަބްދުއްރަޙްމާން،ޞ. 261
5.140. ޢާއިލާއާބެހޭ ގަވާއިދުގެ 33 ވަނަ މާއްދާގެ ދަށުން ވަލީވެރިޔާގެ ރުހުން އޮތްތޯ ބެލުމުގެ ނަތީޖާއަކީ، ރުހުން ނެތި ކޮށްފައިވާ ކާވެންޏެއް ބާޠިލްވެގެންދިއުނ ނޫން ކަން މިމާއްދާގެ ޢިބާރާތް ގެނެވިފައިވާގޮތުން އެނގެއެވެ. އެގޮތުން، އެމާއްދާގެ ޢިބާރާތުގައި "ރަޖިސްޓަރީ ކޮށް ދެވޭނީ ރުހުން ލިބުމަށް ފަހުގައި" ކަމަށް ބަޔާންކޮށްފައިވުމުން، ރަޖިސްޓްރޭޝަން ގެ ބޭނުމަށް ރުހުން އޮތްތޯ ބެލުމުގެ އިޖުރާއަތަކީ، ކާވެނީގެ ފަހުގެ މަރުހަލާގައި ހިނގާކަމެކެވެ. ކވެނާ ރަޖިސްޓަރީ ކުރުމުގައި ވަލީވެރިޔާގެ ބަހެއް ހޯދުމުގައި މަޤްބޫލު ސަބަބެއް ނެތި ނުރުހޭކަމަށް ބުނާނަމަ، ފަނޑިޔާރު ޙުސައިން މަޒީދުގެ ރޢަޔުގައި ބަޔާންކޮށްފައިވާ ފަދައިން، ޙާކިމު ވަލީގެ މަފްހޫމް ތަޠްބީޤުކޮށް ކާވެނި ރަޖިސްޓަރީކރުމާމެދު ގޮތެއު ނިންމަންޖެހޭ ކަމުގައި ދެކެމެވެ.
6.140. ހައިކޯޓުގެ ނަންބަރު 2015/HC-A/392 ޤަޟިއްޔގައާ ކަނޑައެޅިފައިވާ އުޞޫލުތައް މިމައްސަލައަށް ތަޠްބީޤުކުރަން ބަލާއިރު،
1.6.140. ހައިކޯޓުގެ ނަންބަރު 2015/HC-A/392 ޤަޟިއްޔާގައި ރާއްޖެއިން ބޭރުގައި ކުރި ކާވެނގީ ސެޓްފިކެޓުގައި ވަލީވެރިޔާގެ ރުހުން އޮތް ކަމަށް ބަޔާންކޮށްފައިވެއެވެ. އެމައްސަލައިގައި ކަނޑައެޅިފައިވާ އުޞޫލަކީ ރާއްޖޭއިން ބޭރުގެ ކާވެނީގެ ސެޓްފިކެޓުގައި ވަލީވެރިޔާގެ ރުހުން އޮތްނަމަ، އެއީ ރަސްމީ ލިޔުމެއް ކަމުގައިވާތީ، އެލިޔުމުގެ ސައްޚަކަމާމެދ ގޮތު ކަނޑައެޅުމުގެ އުޞޫލެކެވެ.
2.6.140. ޢާއިލާއާބެހޭ ގަވާއިދުގެ 32 ވަނަ މާއްދާގައި ރާއްޖެއިން ބޭރުގައި ކުރެވޭ ކާވެނި ރަޖިސްޓަރީކުރުމުގައި ކާވެނީގެ ސެޓްފިކެޓުން ވަލީވެރިޔާގެ ރުހުން އޮތްކަން އެނގޭ ޙާލަތްތަކާއި އެނޫން ޙާލަތްތައް ފަރަޤުކޮށްފައިވެއެވެ. އެގޮތުން، ރާއްޖެއިން ބޭރުގައި ކުރާ ކާވެނީ ރަޖިސްޓަރީކުރުމުގައި ވަލީވެރިޔާގެ ރުހުން އޮތްތޯ ބަލަންޖެހެނީ، ރާއްޖެއިން ބޭރުގައި ކުރި ކާވެނި ސެޓްފިކެޓުން ވަލީވެރިޔާގެ ރުހުން އޮތްކަން ނޭނގޭކަމުގައި ވަނީނަމައެވެ.
3.6.140. އިސްތިއުނާފުން ބެލެވެމުންމިދާ މައްސަލައިގައި ހިމެނެނީ ޙާކިމު ވަލީއަށް ކުރެވިފައިވާ ކާވެންޏެކެވެ. ޙާކިމު ވަލީ އަށް ކާވެނި ކުރާ ޙާލަތްތަކުގައި، ނަސަބުގެ ގޮތުން ވަލީވެރިއެއްގެ ރުހުން އޮތްތޯ ބެލުން ދުނިޔޭގެ އެކި ޤައުމުތަކުގައި ޢަމަލުކުރެވޭ އިޖުރާއަތުތައް ތަފާތުވުމުން، ޙާކިމު ވަލީ އަށް ކުރެވޭ ކާވެންޏެއްގައި ވަލީވެރިޔާގެ ރުހުން އޮތްތޯ ބެލިފައިނެތުމަކީ، ވުން އެކަށީގެންވާ ކަމެކެވެ. ދިވެހިރާއްޖޭގައި ޙާކިމު ވަލީއަށް ކާވެނި ކޮށްދެވެނީ އިސްވެ ބުނެވުނު ޝަރުޠުތައް ފުރިހަމަވުމުންނެވެ. ޙާކިމު ވަލީއަށް ކާވެނިކުރުމުގެ ކުރިން ވަލީވެރިޔާގެ ރުހުން ހޯދުނު ކަން މިމައްސަލައިގައި ހިމެނޭ ކާވެނީގެ ސެޓްފިކެޓުން އެނގޭކަށް ނެތެވެ.
4.6.140. އެހެންކަމުން، ހައިކޯޓުގެ ނަންބަރު 2015/HC-A/392 ޤަޟިއްޔާގައި ހިމެނޭ މައްސަލައާއި އިސްތިއުނާފުން ބެލެވެމުންމިދާ މައްސަލައިގައި ހުރި ވާޤިއީ މިފަރަޤުތަކަށް ބަލާއިރު، އެއޞުލުތައ މިމައްސަލައަށް ތަޠްބީޤުކުރެވިދާނެ ކަމުގައި ނުދެކެމެވެ.
141"މި މައްސަލައިގެ ޚަޞްމުންނާމެދު ތަފާތުކޮށް ޢަމަލު ކޮށްފައިވޭތޯ؟" މިސުރުޚީގެ ދަށުން ފަނޑިޔާރު ދީބާނާޒް ފަހުމީގެ ރަޢުޔުގައި ފާހަގަކޮށްފައިވާ ކަންތައްތަކަށް ޖުމްލަ ގޮތެއްގައި ތާއިދުކުރުމާއެކު (ޕެރެގްރާފް 116 ފިޔަވައި) އެރަޢުޔުގެ ޕެރެގްރާފް 116 ގައި ދެވިފައިވާ ޙައްލުތައް ދިނުމުގައި، ރާއްޖެއިން ބޭރުގައި ކޮށްފައިވާ ކާވެންޏެއ ރަޖިސްޓަރީކުރުމަށް ހުށަހެޅުމުން، ކޯޓުތަކުން ފިޔަވަޅު އަޅަންޖެހޭ ގޮތް އިތުރަށް ހަރުދަނާކޮށް ޤާނޫނާއި ޤަވާއިދު އިސްލާޙުކުރަން ޖެހޭ ކަމުގައި ދެކެމެވެ. އެގޮތުން، ފާޅުކަން ބޮޑު އިޖުރާއީ އައިބުތަކުގެ ސަބަބުން ކާވެނި ރަޖިސްޓަރީ ކުރެވެން ނެތް ޙލަތުގައާ އެކަނި ރަޖިސްޓަރީކޮށާ ކައިވެނީގެ ދަފްތަރު ބެލެހެއްޓުން ކާވެނީގެ ރަޖިސްޓްރާރ އަށް ލާޒިމުކޮށް މިމަޢުލޫމާތު ވަރި/ކާވެނި ކޮށްދޭ ކޯޓުތަކަށް ލިބިދެވޭނެ ނިޒާމެއް ޤާއިމުކުރަންޖެހޭކަމުގައި ދެކެމެވެ. ކާވެނީގެ ސައްޚަކަމާމެދ ސުވާލު އުފެދި ޝަރީޢަތުން ގޮތެއް ނިންމަންޖެހޭ ޙާލަތްތަކުގައި، އެމައްސަލަ ޝަރީޢަ ތަށް ހުށަހެޅުމަށް އަންގައި، ރެކޯޑު ބަލަހައްޓަން ޖެހޭ ކަމުގައި ދެކެމެވެ. އަދި، އެއަންހެންމީހާ/ ފިރިހެންމީހ އަށާ އިތުރު ކާވެންޏަކަށް ހުއްދަ ދިނުމުގައި/ ނުވަތަ ރަޖިސްޓަރީ ކުރުމުގައި، އެކަށީގެންވާ މަޤްބޫލު ސަބަބެއް ނެތި ބާޠިލްކުރެވުނު ފޯމުގައި ބަޔާންކޮށްފައިވާ ކާވެންޏާމެދު ގޮތެއް ކަނޑައެޅިފައިވުން ކަށަވަރުކުރުން ލާޒިމުކުރަންޖެހޭކުމުގައި ދެކެމެވެ. ސަބަބަކީ، ވަރި/ކާވެންޏަކީ އަނބިދަރީންގެ އިތުރުން ކުޑަކުދިންގެ ޙައްޤުތަކާވެސ ގުޅް މުޅި މުޖުތަމަޢުގެ މަސްލަޙަތާއި ގުޅިފައިވާ ކަމެއް ކަމުގައިވާއިރު، ނިޒާމުން ބޭރުން ހަވާ ނަފުސަށް ވަރި ކާވެންޏާމެދު ގޮތް ކަނޑައެޅޭ ނަމަ މުޖުތަމަޢުގެ މަސްލަޙަތު ގެއްލިގެންދާތީއެވެ.
142މިމައްސަލައިގައި އިސްތިއުނާފު ބިނާކުރަމުން މިކާވެނި ރަޖިސްޓަރީކުރުމުގައި ކޯޓުން އިޙުމާލުވެފައިވާ ކަމަށް އިސްތިއުނާފު ކުރާ ފަރާތުން ފާހަގަކުރެއެވެ. އިސްތިއުނާފު ކުރާ ފަރާތާއި ރައްދުވާ ފަރާތް، ކާވެނި ކުރި ކަމަށް ބުނާ ތާރީޚަކީ 01 ނޮވެންބަރު 2023 އެވެ. އެކާވެނި ރަޖިސްޓަރީ ކުރުމަށް އެދި ހުށަހަޅާފައިވަނީ އޭގެ 04 މަސް ދުވަސް ފަހުން، 5 މާރިޗް 2024 ގައެވެ. އޭގެ ފަހުން، 19 މެއި 2024 ގައި، އިސްތިއުނާފު ރައްދުވާ ފަރާތުން ފެމިލީ ކޯޓުގެ ނަންބަރު 2024/C-Fm831/ ޤަޟިއްޔާއިން، އެފަރާތާއި އިބްރާހިމްއާ ދެމީހުން 22 ފެބުރުއަރީ 0222 ގައި ރާއްޖެއިން ބޭރުގައި ކޮށްފައިވާ ކާވެންޏަކާމެދު ގޮތް ކަނޑައަޅަދިނުމަށް ހުށަހަޅާފައިވެއެވެ. އެއީ ސައްޚަ ނޫން ކާވެންޏެއ ކަމަށް އެކޯޓުން ކަނޑައަޅާފައިވަނީ 18 ޖުލައި 2024 ގައެވެ. މިހާރު އިސްތިއުނާފުގައި މިބެލެވޭ މައްސަލައިގައި ހިމެނޭ ކާވެނީގައި އިސްތިއުނާފު ރައްދުވާ ފަރާތުގެ ބައްޕަގެ ފަރާތުން އެކާވެންޏަށް ނުރުހޭކަމަށް ބަޔާންކޮށް، މެޖިސްޓްރޭޓް ކޯޓަށް ބަޔާންދީފައިވަނީ، 28 ޖުލައި 2024 ގައެވެ. ޢާއިލާއާބެހޭ ގަވާއިދުގެ 33 ވަނަ މާއްދާއަށް ރިޢާޔަތްކޮށް ކާވެނި ރަޖިސްޓަރީކޮށްދެވެނ ނެތްކަމަށް އަންގާފައިވަނީ 29 ޖުލައި 2024 ގައެވެ. މިތާރީޚުތަކަށް ބެލުމުން، އަންހެންމީހާ ކޮށްފައިވާ އެހެން ކާވެންޏަކާމެދ ވެސު ސުވާލު އުފެދިފައިވާ އުފެދުމުށާއި، މިޚުސޫމާތްތައް ޙައްލު ކުރުމަށް ނަގާފައިވާ މުއްދަތެއް ނަގާފައިވުމީ މިކާވެނި ރަޖިސްޓަރީވުން ލަސްވި ސަބަބުކަމުގައި ބެލެވެއެވެ.
143މިމައްސަލައިގެ ވާޤިއާތަކަށް ބެލުމުން، ރަޖިސްޓަރީކުރުމެއް ނެތި، ކޯޓުން ބޭރުގައި ވަރި ކާވެނި ކުރެވި ހަވާ ނަފުސަށް ގޮތްތަކެއް ނިމިފައިވާކަން ފާހަގަކުރެވެއެވެ. އެގޮތުން، މައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތާ އިބްރާހިމް ނަމަކަށް ކިޔާ ފިރިހެނަކާ 22 ފެބްރުއަރީ 2022 ގައި ރާއްޖެއިން ބޭރުގައި "ކާވެނި" ކުރިކަމަށާއި، އެހެންނަމަވެސް، އޭރުގެ ފިރިމީހާ 14 މެއި 2023 ގައި ވަރިކޮށްފައިވާކަމަށް ބުނެފައިވެއެވެ. މިފިރިހެންމީހާ ވެސް އެހެން މީހަކާ ކާވެނިކޮށްފައިވާކަން އެނގޭއިރު، އެކާވެނީގެ ކުރިން މިއަންހެންމީހާއާއެކު ކުރެވުނު ކަމަށް ބެލެވޭ ކާވެނީގެ ޙާ ލަތާމެދ ގޮތެއު ނިންމާފައިނުވެއެވެ. ބުނެވުނު ކާވެނި އަދި ވަރިއަކީ ޤާނޫނުގައި ކަނޑައެޅިފައިވާ އިޖުރާއަތާއި އެއްގޮތަށް ރަޖިސްޓަރީ ކުރެވިފައިވާ ވަރި ކާވެންޏަކަށް ނުވުމުގެ އިތުރުން އެއީ ބާޠިލު ކާވެންޏއެކަމަށް ފެމިލީ ކޯޓުގެ ނަންބަރު 2024/C-m831/F ޤަޟިއްޔާއިން ކަނޑައެޅިފައިވެއެވެ. އަދި، އިސްތިއުނާފު ރައްދުވާ ފަރާތުން، މިމައްސަލައިގައި މިހިމެނޭ ކާވެނިކުރުމުގެ ކުރިން ކުރީގެ ކާވެނި/ ވަރި ރަޖިސްޓަރީކުރުމުގ ގޮތުނެ އަޅަންޖެހޭ ފިޔަވަޅު، އަންހެން މީހާގެ ފަރާތުން އަޅާފައިނުވާކަން ފާހަގަކުރެވެއެ ވެ. އަދި، ކުރީގެ އެކާވެނި ސައްޚަ ނޫން ކާވެނޏެއް ކަމަށް ވަކާލާތުކޮށްފައިވަނީ ބައްޕަގެ ވަލީއާ ގުޅުވައެވެ. ހަމަ އެނޭވާގައި، ބައްޕަގެ ވަލީއާ ނެތި ކުރި މިކާވެނި ރަޖިސްޓަރީކުރެވެންޖެހޭ ކަމަށާއި މިކާވެނީގެ މައްޗަށް ލިބިފައިވާ ދަރިފުޅުގެ ޙއްޤުގައަ މިހާރު ވަކާލާތުކުރެއެވެ.
144މިމައްސަލައިގެ ވާޤިއާތަކަށް ބަލާއިރު، ޝަރުޢީ ނިންމުމަކުން ނަސަބު ސާބިތުކޮށްފައިވީނަމަވެސް ދަރިއެއް ނޫންކަމަށް ބުނެ ބައްޕަ ވަލީދިނުމަށް އިންކާރުކުރާ ކުރުމާއި، ރަޖިސްޓަރީ ކުރުމެއްނެތި ވަރި ކާވެނިތައް ކުރުން ފަދަ ކަންތައްތައް ހިނގާފައިވަނީ، މަޤާޞިދުއް ޝަރީޢާގެ ރުކުންތަކުގެ ތެރޭގައި ހިމެނޭ ނަސަބު ރައްކާތެރިކުރުމުގެ މަޤްޞަދުގައއާ ދެމަފިރިންނާއި، ދަރިންނާއި ޢާއިލާގެ މަސްލަޙަތު ހިމާޔަތްކުރުމުގެ މަޤްޞަދުގައި، ޤާނޫނާއި ޤަވާއިދުގައި ކަނޑައަޅާފައިވާ އިޖުރާއާތުތަކަށް ފުރިހަމައަށް އިޚްތިރާމް ކުރުމެއް ނެތިކަން ފާހަގަކުރަމެވެ. އެހެންކަމުން، މިކާވެނި ރަޖިސްޓަރީކޮށްދިނުމުގައި ޤާނޫނާއި ގަވާއިދުގެ ތަރަހައިގެ ތެރެއިން އެޅެން ހުރި ފިޔަވަޅުތައް އަޅަންޖެހޭ ކަމުގައިވެސް ދެކެމެވެ.
145މިކާވެންޏަށް ކުއްޖަކު ލިބިފައިވާ ކަމަށާއި، ކުއްޖާ ރަޖިސްޓަރީ ކުރުމާމެދު އަމުރުކުރުމަށް މިކޯޓުގައި އެދުނުއެދުމާމެދ ފަނޑިޔާރު ދީބާނާޒް ފަހުމގީ ރަޢުޔުގެ 124 ވަނަ ޕެރެގްރާފް އަށް ތާއީދުކުރަމެވެ.
ނިންމަން ފެންނަ ގޮތް
146ފަނޑިޔާރު ޙުސައިން މަޒީދުގެ ރައުޔުގެ ޕެރެގްރާފް 139 ގައިވާ ގޮތުގެ މަތިންމިމައްސަލަ ނިންމަން ފެނެއެވެ. 2024lHC-A/23s 81 o* 2yr, (22//or2, o ,a2xc o/o/ . a2 al o a .147 ?.?2s?s.,a arJf 2.Po '.Jsl oD 2 2r/z 1ii.3; ni.3.X*i I433lFm-Cl2O24 ;tii :Eg .147.r ,r; si t1ij*s .9.i.7::: i.i-i.3.rnj 2333,*.3 // /Or< /lao/ I 21r,,, 2023."t.i.ii 01 ;i,3 /aifi .147.2 1".r2;L.1 I ocaa ,2// aa, ,a. 4COaaa / /raoCOCaa Orraoa aoaa. ureeP rzj e_g-r -1/tp /Cztrr 2.Uv .rS2t :tg.x2v,.?Ja.rt+ neZ.Zt /2 a.z? :3:;rt iI ia,3 .33-ti.6Le3 ;;, : ,niii.*i itr;i aoa .a z o ? o G G. a c oG.. 2212. . r 2 ..2 0//o1 0 2, S.rPPaa P3 .P.Strr|?r. .?U .roo-, 2e32 y2?o .2o /2r4?: //J. ..? , G.a o a 2 a O z t >? c a.. a aaoala ./ , oa-oa .rvztt JPJ'.v.iePer rr-tev r2J.*ty., ?t..yzn rpe z{:tz a a ? a a ar/- / /z Oz? C o., O- .O ? C.. c // ,ua, O2.... CrOr..ra lev Z2.J-?.' zz.rJrr-rr. J.€PC,-z - 7 ,ttz ,, 2?ttrt/.r/ .vy#J ,yrcry-, a 'zz C, / aorr. . C t>O z aGO.. C aa O, ,O/ J./Ze2 J.rrrr, 2ry 2e .r-t et rr-/ J elrJ./trrt 2-a2- 2 (/r-t.*., ?/ a a a a - a -a a a aa O*OD O /CrX (.rt.,arl a O2aO ,r. 't 2L,v2v4 ,to 2JtoS 2 z.rv 2fcirt/rejr)r, aa u a a a' '*lc Y, 2Y.,or, lrro.. ,.rP32ao . o aaa ? o. ,/ ,. , ? / 2a o a , ,aa a c<rJ?aa .?2.?.J lrLry 24 €72 /.r,zvJ ,€2a, vt'.P/' .'a" ? /1.2J t 2z /z : \e-tj) f-:N NH a ,>ra ,A / www.lrighcourt.gov.mv : 3- :-3 j i nfo @h i ghcourt. gov. rnv
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ޤާނޫނު ނަންބަރު 4/2000 (ޢާއިލާއާބެހޭ ޤާނޫނު) ގެ 1، 2، 3، 3 (ށ)، 6، 7، 9، 9 (ހ)، 9 (ށ) (1)–(4)، 9 (ނ)، 12، 13، 14، 17، 19 (ހ) (ށ)، 20–22، 62–70 ވަނަ މާއްދާތައް
- ގަވާއިދު ނަންބަރު 2022/R-99 (ޢާއިލާއާބެހޭ ގަވާއިދު) ގެ 19 (ހ)، 30، 31، 32 (ހ)–(ކ)، 32 (ނ)، 33 ވަނަ މާއްދާތައް
- ޢާއިލާއާބެހޭ ޤަވާޢިދު (2006، އުވާލާފައި) ގެ 27، 27 (ނ)، 27 (ކ)، 29، 85 ވަނަ މާއްދާތައް
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 17، 20، 24، 33، 35، 142، 143 (ރ)، 274 (ހ) ވަނަ މާއްދާތައް
- ޤާނޫނު ނަންބަރު 4/2011 (މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނު) ގެ 3، 6، 17 ވަނަ މާއްދާތައް
- ޤާނޫނު ނަންބަރު 76/24 (ހެއްކާބެހޭ ޤާނޫނު) ގެ 5 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 16، 32، 77 ވަނަ މާއްދާތައް
- ހައިކޯޓުގެ ގަވާއިދު 2011 ގެ 44 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 32/2015 (ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު) ގެ 60-5 ވަނަ މާއްދާ
- ސުޕްރީމް ކޯޓު 2016/SC-A/23 (މީޑިއާނެޓް ޕްރައިވެޓް ލިމިޓެޑް ވ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ)
- ސުޕްރީމް ކޯޓު 2020/SC-A/46 (ދައުލަތް (މިނިސްޓްރީ އޮފް ޓޫރިޒަމް) ވ. އަތަމާ މެރިން އިންޓަރނޭޝަނަލް)
- ސުޕްރީމް ކޯޓު 2010/SC-A/17 (ނަހުލާ މައްސަލައިގައި ރިޢާޔަތްކުރި)
- ސުޕްރީމް ކޯޓު 2019/SC-A/98 (ފެކްޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވ. ދައުލަތް (މޯލްޑިވްސް ޕޮލިސް ސަރވިސް))
- ސުޕްރީމް ކޯޓު 2019/SC-A/58 (އެޓަރނީ ޖެނެރަލްގެ އޮފީސް ވ. އިސްމާޢީލް ޢަބްދުލްޙަމީދު)
- ސުޕްރީމް ކޯޓު 2021/SC-A/51 (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ...) (ޕީޑީއެފްގައި "51A/-SC/2120")
- ހައިކޯޓު 2003/HC-A/03 (ޢަބްދުއްސައްތާރު ވ. ޢާއިޝަތު)
- ހައިކޯޓު 2015/HC-A/392 (ނަހުލާ ވ. ޔޫސުފް)
- ފެމިލީ ކޯޓު C/2014-1114/Fm؛ ފެމިލީ ކޯޓު C/2024-831/Fm
- ހައިކޯޓުގެ ވަގުތީ އަމުރާގުޅޭ ނިންމުން B7/CHT/2024/4967-95 (19 ނޮވެމްބަރ 2024)
- ޙަދީޘް: جامع الترمذي 1101، 1102
ޝަރީޢަތުގެ ވީޑިއޯ
މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.