ކޯސްޓަލް ވެންޗަރސް ޕްރައިވެޓް ލިމިޓެޑް ވ. ޔޫމެޓް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- ސިވިލް ކޯޓު 88/Cv-C/2021
- ފަހުގެ ތާރީޚު
- ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް
ކޯ ޓާމްސް
ޚުލާޞާ
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- އީމެއިލްގެ ޒަރިއްޔާއިން ކުރެވުނު މުޢާމަލާތުތަކާއި ފައިސާ ދެއްކުމުން، އިންވޮއިސްގެ ފައިސާއަށް ޑިސްކައުންޓް ދިނުމުގެ އެއްބަސްވުމެއް ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 4 ވަނަ މާއްދާގެ ދަށުން ދެފަރާތާ ދެމެދު އުފެދިފައިވޭތޯ، އަދި އެއްބަސްވުމެއް ނެތްކަމަށް ކަނޑައަޅައި އިންވޮއިސްގެ ޖުމްލަ ފައިސާ ދައްކަން ސިވިލް ކޯޓުން ނިންމުމަކީ ޤާނޫނާ ޚިލާފު ނިންމުމެއްތޯ.
ނިންމުން
ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައިއިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 ޤާނޫނުގައި އެހެން ގޮތަކަށް ކަނޑަނާޅާނަމަ، ކޮންޓްރެކްޓަކީ ވަކި ގޮތަކަށް އޮތުން ލާޒިމު އެއްޗެއް ނޫނެވެ. ސަރީޙަ ބަހުން ނުވަތަ ޒިމްނީ ގޮތުންވެސް ކޮންޓްރެކްޓެއް އޮވެދާނެއެވެ؛ ލިޔެ ސޮއިކޮށްފައި އޮތުން ޤާނޫނު ލާޒިމެއް ނުކުރެއެވެ.
HN2 ކޮންޓްރެކްޓެއް ވަކި ގޮތަކަށް އޮތުން ލާޒިމު ނުވިނަމަވެސް، އެ ކޮންޓްރެކްޓެއް ޞައްޙަވާނީ ހުށަހެޅުމާއި ޤަބޫލު، މުޤާބިލު، ޤާނޫނީ ގޮތުން ބަނދެވޭ ގުޅުމެއް އުފެއްދުމުގެ ނިޔަތް، ޤާބިލިއްޔަތު އަދި ރުހުން ފުރިހަމަވުމުންނެވެ.
HN3 ހުށަހެޅުމާއި ޤަބޫލުގެ މުޢާމަލާތު ފުރިހަމަވާނީ ޤަބޫލުކުރާކަން ހުށަހެޅި ފަރާތަށް އެނގުމުންނެވެ؛ ޤަބޫލުކުރާކަން ހުށަހެޅި ފަރާތަށް ނޭނގޭނަމަ ދެފަރާތް ބަނދެވޭ އެއްބަސްވުމެއް ޤާއިމުވެފައެއް ނުވެއެވެ.
HN4 ކޮންޓްރެކްޓެއް އުފެދިފައިވޭތޯ ބަލަނީ މައުޟޫޢީ ޓެސްޓުންނެވެ. އެއީ ޚަޞްމުން ކަންކަން ކޮށްފައިވާ ގޮތާއި ލިޔެފައިވާ ލިޔުންތަކަށް ބަލައި، ސަބަބުވެރި މީހެއްގެ ނަޒަރުގައި ދެފަރާތާ ދެމެދު ކޮންޓްރެކްޓެއް އުފެދިފައިވާކަމަށް ޤަބޫލުކުރެވޭތޯ ބެލުމެވެ؛ މުޢާމަލާތުގެ މައިގަނޑު ކަންކަމަށް އެއްބަސްވެ އެއް ވިސްނުމެއްގައި މަސައްކަތްކޮށްފައިވާކަމުގެ ހެކި ހުރެއްޖެނަމަ އެއްބަސްވުމެއް އޮތްކަމަށް ބެލެވޭނެއެވެ.
HN5 ހުށަހެޅުމެއް ޤަބޫލުކުރަންވާނީ އެއްވެސް ޝަރުޠެއް ނުވަތަ ޝައްކެއް ނެތި، އޮޅުން ފިލާގޮތަށް، ހުށަހެޅި ގޮތަށް އުނިއިތުރެއް ނެތިއެވެ (ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 8 ވަނަ މާއްދާގެ (ށ)). ހުށަހެޅުމެއްގެ މައްޗަށް އައު ޝަރުޠެއް ތަޢާރަފުކުރުމަކީ ޤަބޫލުކުރުމެއް ނޫން، ރައްދު ހުށަހެޅުމެއް (counter offer) ކަމުގައިވާތީ އަސްލު ހުށަހެޅުން ނިމުމަކަށް އަންނާނެއެވެ (mirror image rule).
HN6 ހުށަހެޅުމެއް ޤަބޫލުކުރުމަށް ވަކި މުއްދަތެއް ކަނޑައަޅާފައިވާނަމަ، އެ މުއްދަތުގައި ޤަބޫލުނުކޮށް މުއްދަތު ފާއިތުވުމުން (lapse of time) ހުށަހެޅުން ބާޠިލުވާނެއެވެ؛ މުއްދަތެއް ބަޔާންކޮށްފައިނުވާނަމަ އެކަށީގެންވާ މުއްދަތަކަށްފަހު ބާޠިލުވާނެއެވެ (ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 10 ވަނަ މާއްދާގެ (1)).
HN7 އެއް ފަރާތުން ބޭނުންވާ އިބާރާތެއް ހިމަނައިގެން ފޮނުވާ ޕޭމަންޓް ވައުޗަރ/ރިސީޓުގެ ފައިސާ އަނެއް ފަރާތުން ބަލައިގަތުން އެކަނި، އެ އިބާރާތުގައިވާ (ޑިސްކައުންޓް ދިނުމުގެ) އެއްބަސްވުމެއް ޢަމަލުން ވެފައިވާކަމަށް ބެލޭކަށް ނެތެވެ.
ވަކީލުންނާއި ފަނޑިޔާރުން
- ވަކީލުން
- —
- ބެންޗު
- ޙުޒައިފާ މުޙައްމަދު، ފާޠިމަތު ފަރްހީޒް، ދީބާނާޒް ފަހުމީ
- ރިޔާސަތު
- —
- ރައުޔު ލިޔުނު ފަނޑިޔާރު
- ޙުޒައިފާ މުޙައްމަދު · ތާއީދުކުރެއްވީ: ފާޠިމަތު ފަރްހީޒް، ދީބާނާޒް ފަހުމީ
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
ފަނޑިޔާރު ޙުޒައިފާ މުޙައްމަދުގެ ރައުޔު
މައްސަލައިގެ ތަޢާރަފު
1މެއީސިވިލ ކޯޓުގް ނަންބަރ 88/Cv-C/2021 ޤަޟިއްޔ އާ ކޯޓުން ނިންމާފައިވަނީ ޝަރުޢީ ނުވަތް ޤާނޫނަ ހަމަތަކާއި ޚިލާފަށްކަމަށް ބުނެ އެ ޤަޟިއްޔާ އިސްތިއުނާފުކުރުމަށް އެދުކޯސްޓަލ ވެންޗަރސ ޕްރައިވެޓް ލިމިޓެޑް )ކުންފުނީގެ ރަޖިސްޓްރީ ނަންބަރ -0481/2010(C )މީގެ ފަހުން "އިސްތިއުނާފުކުރާ ފަރާތް" ނުވަތަ "ކޯސްޓަލް ވެންޗަރސް"( ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބަލާފައިވާ ޤަޟިއްޔާއެވެ.
2މ ޤަޟިއްޔާގައި އިސްތިއުނާފި ރައްދުވަނީޔޫމެޓ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް )ކުންފުނީގެ ރަޖިސްޓްރީ ނަންބަރ -0173/2006(C )މީގެ ފަހުން "އިސްތިއުނާފު ރައްދުވާ ފަރާތް" ނުވަތަ "ޔޫމެޓް ކޮންސްޓްރަކްޝަން" ( ގ މައްޗަށެވެ.
މައްސަލައިގައި ކަންހިނގާފައިވާގޮތް
3ޔޫމެޓް ކޮންސްޓްރަކްޝަން އިން ކޯސްޓަލް ވެންޗަރސްއަށް ކުއްޔަށްދިން އެކްސްކަވޭޓަރ SK200-6 އަދި އެކްސްކަވޭޓަރު SK200-8 އަށް 08 ޑިސެންބަރު 2020 ގޭ ނިޔަލަށް ދައްކަންޖެހޭ 451,893/20ރ. )ހަތަރުލައްކަ ފަންސާސް އެއްހާސް އަށްސަތޭކަ ނުވަދިހަ ތިން ރުފިޔާ ވިހި ލާރި( އާއި، އެ ފައިސާ ނުދެއްކުމުގެ ސަބަބުނ 0.5% )ސުމެއް ޕޮއިންޓް ފަހެއް އިންސައްތަ( ދުވާލެއްގެ މައްޗަށ 567 )ފަސްސަތޭކަ ފަސްދޮޅަސް ހަތެއް( ދުވަހަށް އަރާފައިވާ 1,281,117/23ރ. )އެއްމިލިއަން ދެލައްކަ އައްޑިހަ އެއްހާސް އެއްސަތޭކަ ސަތާރަ ރުފިޔާ ތޭވީސް ލާރި( ހޯދުމަށް ޔޫމެޓް ކޮންސްޓްރަކްޝަންއިން ކޯސްޓަލް ވެންޗަރސް ގެ މައްޗަށް ސިވިލް ކޯޓުގައި ދަޢުވާ އުފުލިއެވެ.
4މި ދަޢުވާއަށް ކޯސްޓަލް ވެންޗަރސްގެ ފަރާތުން އިންކާރުކޮށްފައިވެއެވެ.ސަބަބެއްކަމުގައި ބަޔާންކުރަނީ ޔޫމެޓް ކޮންސްޓްރަކްޝަންގ 02 )ދޭއް( އެކްސްކަވޭޓަރު ބޭނުން ކުރުމަށްފަހު އެއަށް ދައްކަންޖެހޭ ފައިސާ ދެއްކުން ލަސްވެ އެކަމާމެދު ދެފަރާތުގެ ދެމެދުގައި އުފެދުނު ޚްޞްމާތާއ ގުޅިގެނި ޔޫމެޓް ކޮންސްޓްރަކްޝަންގެ ފަރާތުން މަސައްކަތް ހުއްޓާލާ، އެ މަސައްކަތް ހުއްޓާލި ހިސާބަށް ދައްކަންޖެހޭ ފައިސާއާމެދު ދެފަރާތުން ކަންކޮށްފައިވާ ގޮތުގެ މައްޗަށް ވާހަކަ ދެކެވި އެއްބަސްވެފައިވާ ގޮތާ ޚިލާފަށް ޔޫމެޓް ކޮންސްޓްރަކްޝަންގެ ފަރާތުން ހުށަހަޅާފައިވާ ދަޢުވާއެއްކަމަށްވާތީކަމުގައެވެ.
5އެގޮތުން، ފައިސާ ދެއްކުމާއި ގުޅޭގޮތުން ދެފަރާތުގެ ދެމެދުގައި މަޝްވަރާތަކެއް ކުރެވުނުކަމަށާއި، މި ފައިސާ ދެއްކުމުގައި ޑިސްކައުންޓެއޭދިނުމަށް ވާހަކަ ދައްކައި، އެކަމަށް ދައްކަންޖެހި ފައިސާ ދެއްކުމަށ ގޮތްތަކެއް ކަނޑައަޅާފައިވާކަމަށް ޤަބޫލުކުރަންޖެހޭކަމަށާއި، ދެ ފަރާތުގެ ހުށަހެޅުމާއި އެއްގޮތަށް ޑިސްކައުންޓެއް ދިނުމަށްފަހު ދައްކަންހުރި ފައިސާ ކަނޑައެޅިފައިވާ މުއްދަތުގައެކޯސްޓަލ ވެންޗަރސްގެ ފަރާތުން ދެއްކުމަށް ނިންމައި، ދެ ފަރާތުން އެއްބަސްވެފައިވާ ގޮތުގެ މަތިން އ މުއްދަތުގައި ފައިސާ ދައްކާފައިވާކަމުގައި ކޯސްޓަލް ވެންޗަރސްގެ ފަރާތުން ބުނެފައިވެއެވެ.
6މި މައްސަލައިގައި ޔޫމެޓް ކޮންސްޓްރަކްޝަންގެ ފަރާތުން ހުށަހަޅާފައިވާ އިންވޮއިސްތަކުގައިވާޖުމްލަ ފައިސާގެ އަދަދަކީ 915,132/98 ރ. )ނުވަލައްކަ ފަނަރަހާސް އެއްސަތޭކަ ތިރީސް ދެ ރުފިޔާ ޔޫމެޓް ކޮންސްޓްރަކްޝަން އިން ސިވިލް ކޯޓަށް ހުށަހަޅާފައިވާ "މުދަލާއި ފައިސާއާބެހޭ ބޮޑެތި މައްސަލަތައް ބަލާ ޑިވިޜަނަށް މައްސަލަ ހުށަހަޅާ ފޯމު"ގ 12 ވަނަ ނަންބަރާއި، ސިވިލް ކޯޓުގެ ނަންބަރު 88/Cv-C/2021 ޤަޟިއްޔާގެ "ޝަރީޢަތް ނިމުނުގޮތް" ގެ 1 ވަނަ ނުކުތާ ކޯސްޓަލް ވެންޗަރސްގެ ފަރާތުން ސިވިލް ކޯޓަށް ހުށަހަޅާފައިވާ "ވިޔަފާރިއާބެހޭ ބަޔަށް ހުށަހަޅާ ދަޢުވާއާއި މައްސަލައިގެ ޖަވާބު ހުށަހަޅާ ފޯމް" ގ 6 ވަނަ ނަންބަރާއި، ސިވިލް ކޯޓުގެ ނަންބަރު 88/Cv-C/2021 ޤަޟިއްޔާގެ "ޝަރީޢަތް ނިމުނުގޮތް" ގެ 2 ވަނަ ނުކުތާ ކޯސްޓަލް ވެންޗަރސްގެ ފަރާތުން ސިވިލް ކޯޓަށް ހުށަހަޅާފައިވާ "ވިޔަފާރިއާބެހޭ ބަޔަށް ހުށަހަޅާ ދަޢުވާއާއި މައްސަލައިގެ ޖަވާބު ހުށަހަޅާ ފޯމް" ގ 7 ވަނަ ނަންބަރާއި، ސިވިލް ކޯޓުގެ ނަންބަރު 88/Cv-C/2021 ޤަޟިއްޔާގެ "ޝަރީޢަތް ނިމުނުގޮތް" ގެ 2 ވަނަ ނުކުތާ ޔޫމެޓް ކޮންސްޓްރަކްޝަންގެ ނަންބަރު UC/INV/2018/165 )16 ޑިސނެ ބަރް 2018( -/110,240ރ. ގެ އިންވޮއިސްއާއި، ޔޫމެޓް ކޮންސްޓްރަކްޝަންގެ ނަންބަރ UClINV/2018/164 )16 ޑިސެންބަރު 2018( 279,840/-ރ. ގެ އިންވޮއިސްއާއި، ޔޫމެޓް ކޮންސްޓްރަކްޝަންގ ނުވަދާހި އަށަ ލާރ( ކަމުގައިވާއިރު، މި ފައިސާގެ ތެރެއިން 463,239/78ރ. )ހަތަރުލައްކ ފަސްދޮޅަސ ތިންހާސް ދުއިސައްތަ ތިރީސް ނުވަ ރުފިޔާ ހަތްދިހަ އަށް ލާރ( ދައްކާފައިވާތީ، ބާކީ ދައްކަންޖެހި ނުދައްކައިވާ ފައިސާގެ ޖުމްލައަކ 451,893/20 ރ. )ހަތަރުލައްކަ ފަންސާސް އެއްހާސް އަށްސަތޭކަ ނުވަދިހަ ތިން ރުފިޔާ ވިހި ލާރ( ކަން އެނގެއެވެ.
7ޔިމެޓ ކޮންސްޓްރަކްޝަންއިން ދަޢުވާގައި ހުށަހަޅާފައިވާ އިންވޮއިސްތަކަށް ކޯސްޓަލް ވެންޗަރސްގެ ފަރާތުން ދައްކަންޖެހޭ ފައިސާ ދައްކާފައިވާކަމަށް ކޯސްޓަލް ވެންޗަރސްއިން ބުނެފައިވާކަމާއި، މ ފައިސާ ދައްކާފައިވާކަމަށް ކޯސްޓަލް ވެންޗަރސްގެ ފަރާތުން ބުނާ ސަބަބަކީ، ފައިސި ދެއްކުމާގުޅ ގޮތުން ޔޫމެޓް ކޮންސްޓްރަކްޝަންއާއި ކޯސްޓަލް ވެންޗަރސްއ ދެމެދާ ކުރެވުނު މަޝްވަރާތަކުގައ ކޯސްޓަލް ވެންޗަރސްއިން ދައްކަންޖެހޭ ފައިސާއަށް ޑިސްކައުންޓެއް ދިނުމަށް ޔޫމެޓް ކޮންސްޓްރަކްޝަންއިން އެއްބަސްވެފައވާތީކަމަށ ކޯސްޓަލް ވެންޗަރސްގެ ފަރާތުން ޤަބޫލުކުރިނަމަވެސް، މިކަމަށް ޔޫމެޓް ކޮންސްޓްރަކްޝަންގެ ފަރާތުން އިންކާރުކޮށްފައިވެއެވެ.
ސިވިލް ކޯޓުން މައްސަލަ ނިންމިގޮތް
8ސިވިލް ކޯޓުގެ ނަންބަރު 88/Cv-C/2021 ޤަޟިއްޔާއިން ނިންމާފައިވަނީ:
8.1. ޔޫމެޓް ކޮންސްޓްރަކްޝަންއިން ކޯސްޓަލް ވެންޗަރސްއަށ ކުއްޔަށް ދިން އެކްސްކަވޭޓަރު SK200-6 އަދި އެކްސްކަވޭޓަރު SK200-8 ގެ ކުލީގެ ގޮތުގައި ޔޫމެޓް ނަންބަރު UC/INV/2019/012 ) 05 ޖަނަވަރީ 2019( 177,232/-ރ. ގެ އިންވޮއިސްއާއި، ޔޫމެޓް ކޮންސްޓްރަކްޝަންގެ ނަންބަރު UC/INV/2019/013 )05 ޖަނަވަރީ 2019( 178,220/98ރ. ގެ އިންވޮއިސްއާއި، ޔޫމެޓް ކޮންސްޓްރަކްޝަންގެ ނަންބަރު UC/INV/2019/015 )05 ޖަނަވަރީ 2019( 84,800/-ރ. ގެ އިންވޮއިސްއާއި، އަދި ޔޫމެޓް ކޮންސްޓްރަކްޝަންގެ ނަންބަރު UC/INV/2019/016 )15 ޖަނަވަރީ 2019( 84,800/-ރ. ގެ އިންވޮއިސްއެވެ. ސިވިލް ކޯޓުގެ ނަންބަރު 88/Cv-C/2021 ޤަޟިއްޔާގެ "ޝަރީޢަތް ނިމުނުގޮތް" ގެ 3 ވަނަ ނުކުތާގެ )ށ( ދެ ފަރާތުން ހުށަހަޅާފައިވާ ބަޔާންތަކަށް ބިނާކޮށް، ސިވިލް ކޯޓުގެ ނަންބަރު 88/Cv-C/2021 ޤަޟިއްޔާގެ "ޝަރީޢަތް ނިމުނުގޮތް" ގެ 3 ވަނަ ނުކުތާގެ )ނ( ގައި ފާހަގަކޮށްފައިވާ ކަންކަން ކޮންސްޓްރަކްޝަންއަށް ނުލިބިވާ ފައިސާ ގެ ގޮތުގައި ހޯދުމަށް އެދިފައިވާ 451,893/20ރ. )ހަތަރުލައްކަ ފަންސާސްއެއްހާސް އަށްސަތޭކަ ނުވަދިހަ ތިން ރުފިޔާ ވިހި ލާރި( އަކީ ކޯސްޓަލް ވެންޗަރސްއިނ ޔޫމެޓް ކޮންސްޓްރަކްޝަންއަށް ދޭންޖެހޭ ފައިސާއެއްކަމަށް މަދަނީ މިންގަނޑުން ޝަރީޢަތަށް ސާބިތުވާކަމަށާއި، މި ފައިސ 01 ނޮވެންބަރު 2022 މ ތާރީޚުން ފެށިގެން ކޮންމެ މަހަކު އެމަހަކަށީ ޖެހޭ މިންވަރަށްވުރެ މަދުނޫން އަދަދެއްގެ ފައިސާ ސިވިލް ކޯޓަށް ދައްކަމުން ގޮސް މީލާދީ 02 )ދޭއް( މަސްދުވަހުގެ ތެރޭގައި މި ދަރަނި ޚަލާސްކުރުމަށާއި،
8.2. ޖޫރިމަނާގެ ގޮތުގައި ހޯދުމަށް އެދިފައިވާ ފައިސާއަކީ ޕެނަލްޓީ ކްލޯޒެއްގެ ދަށުން ހޯދުމަށް އެދިފައިވާ ފައިސާއަކަށްވާތީ އެ ފައިސާއަކީ ޝަރީޢަތުން ނަގައިދެވޭނެ ފައިސާއެއްނޫންކަމުގައެވެ.
9އިސްވެ ބަޔާންކށްފައިވޮ ޙުކުމަށް ވާސިލުވުމުގައި ސިވިލް ކޯޓުން އަންނަނިވި ކަންކަން ފާހަގަކޮށްފައިވެއެވެ.
9.1. މ މައްސަލައިގައިފައިސާ ދެއްކުމާގުޅޭ ގޮތުން ޔޫމެޓް ކޮންސްޓްރަކްޝަންއާއި ކޯސްޓަލް ވެންޗަރސްއ ދެމެދާ ކުރެވުނު މަޝްވަރާތަކުގައި ކޯސްޓަލް ވެންޗަރސްއިން ދައްކަންޖެހޭ ފައިސާއަށް ޑިސްކައުންޓެއް ދިނުމަށް ޔޫމެޓް ކޮންސްޓްރަކްޝަންއިން އެއްބަސްވެފައިވާކަމަށ ކޯސްޓަލް ވެންޗަރސްގެ ފަރަތުން ޤަބޫލުކުރިނަމަވެސް، މިކަމަށް ޔޫމެޓް ކޮންސްޓްރަކްޝަންގ ފަރާތުން އިންކާރުކުރާތީ، އެފަދް އެއްބަސްވުމެއް ދެ ފަރާތުގެ ދެމެދު ވެފައިވާކަން ނުވަތަ ނޫންކަން ޝަރީޢަތުން ކަނޑައަޅަންޖެހޭކަނ
9.2. ދަ ފަރާތެ ދެމެދް އެއްބަސްވުމެއް ވެފައިވާކަން ސާބިތުކޮށްދިނުމަށް ކޯސްޓަލް ވެންޗަރސްގެ ފަރާތުން ހުށަހަޅާފައިވނ ދެ ފަރާތުގެ ދެމެދު ބަދަލުކޮށްފައިވާ އީމެއިލްތަކެއްކަމށާއި،މި އީމެއިލްތަކުން ދެ ފަރާތް ދެމެދު ބޭއްވި ބައްދަލުވުމަކާ ޙަވާލާދީ ޑިސްކައުންޓް ދީފައިވާ ސިވިލް ކޯޓުގެ ނަންބަރު 88/Cv-C/2021 ޤަޟިއްޔާގެ "ޝަރީޢަތް ނިމުނުގޮތް" ގެ 3 ވަން ނުކުތާގެ )ނ( އިން ފެށިގެން )ޅ( ގެ ނިޔަލަށް ބަޔާންކުރާ ކަންކަން އިންވޮއިސ ފޮނުވުމަށް އެދުނުނަމަވެސް، ޑިސްކައުންޓް ދެވޭނީ ކޯސްޓަލް ވެންޗަރސްގެ ފަރާތުން ޕަސްޓ ޑޭޓެޑް ޗެކުތަކެއް ދިނުމުންކަމަށ ޔޫމެޓް ކޮންސްޓްރަކްޝަންގެ ފަރާތުނ ޖަވާބުދީފައިވާކަމށާއި، މިކަމުން އެއްބަސްވިގޮތަކީ ކޮބައިކަމާމެދު ދެ ފަރާތް ދެމެދު ޚިލާފު އުފެދިފައިވާކަން އީމެއިލްތަކުން އެނގޭކަން
9.3. ފައިސާ ދެއްކުމަށް ތާވަލެއް އެކުލަވާލައި ކޯސްޓަލް ވެންޗަރސްގެ ފަރާތުން އީމެއިލްކުރުމުނ ޕޯސްޓް ޑޭޓިޑ ޗެކުތަކެއް ދިނުމަށް ކޯސްޓަލް ވެންޗަރސްއިން އެއްބަސްވާނަމަ، އެ ހުށަހެޅުން ޤަބޫލުކުރާނެކަމަށާއި، އަދ 10 މާރިޗް 2019ގެ 16:00 ގ ކުރިން ކޯސްޓަލް ވެންޗަރސްއިން ނިންމާ ގޮތެއް އެންގުމަށް ޔޫމެޓް ކޮންސްޓްރަކްޝަންގެ ފަރާތުނ 10 މާރިޗް 2019ގެ 11:44 ގައީ ފޮނުވި އީމެއިލްގައި ބަޔާންކުރިނަމަވެސް، އެ އީމެއިލްއަށް ކޯސްޓަލް ވެންޗަރސްގެ ފަރާތުން ޖަވާބުދީފައިވަނީ 12 މާރިޗް 2019ގެ 14:02 ގައިކަން
9.4. 12 މާރިޗް 2019 ގައި ޔޫމެޓް ކޮންސްޓްރަކްޝަންގެ ފަރާތުން ފޮނުވި އީމެއިލްގައި ފައިސާގެ ޖުމްލަ އަދަދަށް ޕޯސްޓް ޑޭޓެޑް ޗެކު ނުދޭނަމަ، ޑިސްކައުންޓަ ދިނުމަށް އެއްބަސްނުވެވޭނެކަމަށް ބަޔާންކުރިކމަށާއި، އޭގެ ފަހުން 12 މާރިޗް 2019 ގައި ކޯސްޓަލް ވެންޗަރސްއިން ފޮނުވި އީމެއިލްގައި ދެ ފަރާތުން ބޭއްވި ބައްދަލުވުމުގައި ޕޯސްޓް ޑޭޓެޑް ޗެކު ދިނުމަށް އެއްބަސްވެފައިނުވާނެކަމަށ ބަޔާންކޮށްފައިވާކަން
9.5. މި އީމެއިލްތަކަށ ބެލުމުން ދެ ފަރާތުގެ ދެމެދު ޑިސްކައުންޓް ދިނުމަށް އެއްބަސްވުމަކަށް އާދެވިފައިވާކަމުގައި ބެލެވެން ނެތްކަން
9.6. ދާ ފަރާތުން އެއްބަސްވިކަމަށް ބުނާ ގޮތަށް ކޯސްޓަލް ވެންޗަރސްއިނ ފައިސް ދައްކާފައިވާކަމަށް ބުނެ ކޯސްޓަލް ވެންޗަރސްގެ ފަރާތުން ހުށަހަޅާފައިވާ 02 )ދޭއް( ޕޭމަންޓް ރިސީޓުން، އެއް ކޯސްޓަލް ވެންޗަރސްގެ ފަރާތުން ތައްޔާރުކޮށްފައިވާ ރިސީޓުތަކެއްކަމށާއި، އޭގެން 02 )ދޭއް( ޕޭމަންޓެއ ހަދާފައިވާކަން އެނގޭކަމަ ށާއި، އެއި އިންވޮސްތަކަށ ފައިސް ދެއްކުމަށް އެއްބަސްވިގޮތްކަމަށ ކޯސްޓަލް ވެންޗަރސްއިނ ބުން ގޮތަށާ ފައިސް ދެއްކުމަށް ހެދާފުރަތަމަ އިންސްޓޯލްމަންޓް ޕޭމަންޓްކަމުގައިވ 150,000/-ރ. )އެއްލައްކަ ފަންސާސްހާސް ރުފިޔާ( އަދި އިންވޮއިސް ނަންބަރ UC/INV/2019/030 ) 07 ފެބުރުއަރީ 2019( އަށް ދެއްކި ފައިސާކަން އެ ޕޭމަންޓް ރިސީޓުން އެނގޭކަމާއި، އިންވޮއިސް ނަންބަރ UC/INV/2019/030 )07 ފެބުރުއަރީ 2019( އަކީ މި ދަޢުވާ ގައި ހިމެނޭ އިންވޮއިސްއެއްނންކަނ
9.7. ދަޢުވާގެ ދިފާޢުގައި ކޯސްޓަލް ވެންޗަރސްގެ ކިބައިން ހޯދުމަށް ޔޫމެޓް ކޮންސްޓާރަކްޝަންގ ފަރާތުން އެދިފައިވާ ފައިސުކޯސްޓަލް ވެންޗަރސްގެ ފަރާތުން ދައްކާފައިވާކަމަށް ބެލެވޭނީ ހެއްކެއް ނެތްމާއި، އަދި ޔޫމެޓް ކޮންސްޓްރަކްޝަންއިން އެދިފައިވާ ފައިސާ ކޯސްޓަލް ވެންޗަރސްއިނ ދައްކާފައިވާކަމަށް ބެލެވޭނެ ހެއްކެއް ނެތުމާއި، އަދި ކޯސްޓަލް ވެންޗަރސްއިނ ދައްކަންޖެހޭ ފައިސާއިން ބައެއް ޔޫމެޓް ކޮންސްޓްރަކްޝަންއިން އުނިކޮށްދީފައިވާކަމުގައ ބެލެވޭނެ ހެއްކެއް ނެތްކަން
9.8. އިންވޮއިސްގެ ފައިސާ ނުދެއްކުމުގެ ސަބަބުން ޖޫރިމަނާގެ ގޮތުގައި ދުވާލަކަށް %0.5 )ސުމެއް ޕޮއިންޓް ފަހެއް އިންސައްތަ( ގެ ރޭޓުން ދުވާލަކަށް އަރަމުންދާ ޖޫރިމަނާގެ ފައިސާ ހޯދުމަށް ޔޫމެޓް ކޮންސްޓްރަކްޝަންގެ ފަރާތުން އެދިފައިވާއިރު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގ ނަންބަރު 2020/SC-A/28 ޙަސަން ޢަލީމަނިކު ވ. އަޙްމަދު ޖަނާޙް ޤަޟިއްޔާއާއި އެ ކޯޓުގެ ނަންބަރު 2019/SC-A/70 ކޮރަލްގޭޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވ. އައިމާ ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާއާ ޙަވާލާދީ، ޖޫރިމަނާގެ ގޮތުގައި ހޯދުމަށް އެދިފައިވާ ފައިސާއަކީ އިންވޮއިސްގައިވާ ގޮތަށް ފައިސާ ނުދެއްކުމުގެ ސަބަބުން އެކަމުގެ ޢުޤޫބާތެއްގެ ގޮތުގައި ހޯދުމަށް އެދިފައިވާ ފައިސާކަމަށް ބުރަވެވޭކަމާއި، އެއީ ޔޫމެޓް ކޮންސްޓްރަކްޝަންއަށް ހަމަ ހަޤީޤަތުގައިވެސް ވެދާނެ ގެއްލުމެއްގެ ބަދަލުކަމުގައ ދެކި ހިމަނާފައިވާ މިންވަރެއްކަނ ސާބިތުކޮށްދެވިފައިނުވާތީ، ޖޫރިމަނާ ނެގޭނެކަމަށް އިންވޮއިސްގައިވާ މާއްދާއަކަޕެނަލްޓީ ކްލޯޒެއްކމަށާއި، އެ މާއްދާއަކީ ކޯޓުން ތަންފީޒުކޮށްދޭނެ މާއްދާއެއްނޫންކަން އިސްތިއުނާފުކުރުމަށް ހުށަހެޅި ނުކުތާތައް
10ސިވިލްކޯޓުގެ ނަންބަރ 88/Cv-C/2021 ޤަޟިއްޔާ އާ ކޯޓުން ނިންމާފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއެއްގޮތް ނުވާކަމަށް ބުނެ އެ ނިންމުން އިސްތިއުނާފުކުރުމަށް އެދި އިސްތިއުނާފުކުރ ފަރާތުން ހުށަހަޅާފައިވަނީ 01 )އެކެއް( ނުކުތާއެވެ.އެގޮތުން ހުށަހަޅާފައިވް ނުކުތެއަކާދެފަރާތުގ ދެމެދުގައި ޑިސްކައުންޓް ދިނުމާ ބެހޭގޮތުން އެއްބަސްވުމެއްވެފައިވާކަމަށާއި، އެ އެއްބަސްވުމާ އއްގޮތަށެ ފައިސް ދައްކައި ޚަލާސްކޮށްފައިވާކަނ ޝަރީޢަތަށް ހުށަހެޅުން ހެކިތަކުން ސާބިތުވީނަމަވެސް، ދެފަރާތުގެ ދެމެދުގައި އެއްބަސްވުމެއް ވެފައިނުވާކަމަށް ކާނޑައަޅައި، އިސްތިއުނާފުކުރީފަރާތުން އިންވޮއިސްގެ ޖުމްލަ ފައިސާ ދޭންޖެހޭނެކަމަށް ޝަރީޢަތުން ނިންމާފައިވަނީ ޤާނޫނު ނަންބަރ 91/4 )ކޮންޓްރެކްޓާބެހޭ ޤާނޫނު( )މީގެ ފަހުން "ކޮންޓްރެކްޓާބެހޭ ޤާނޫނު"( ގ 4 ވަނަ މާއްދާއާއި، ޤާނޫނު ނަންބަރު 2010/13 )ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު( )މީގެ ފަހުން "ފަނޑިޔާރުންގެ ޤާނޫނު"( ގ 5 ވުނ މާއްދާގަ )ށ( އާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
11އެނުކުތާ ތަފްޞީލުކުރަމުން އިސްތިއުނާފުކުރ ކޯސްޓަލް ވެންޗަރސްގެފަރާތުންބުނެފައިވަން މ މައްސަލައިގައި ދެފަރާތުގެ ދެމެދުގައި ގިނަ އަދަދަކަށް އީމެއިލްގެ ޒަރިއްޔާއިން މުޢާމަލާތްކުރެވިފައިވާކަމަށާއި، އެ އީމެއިލްގެ ޒަރިއްޔާއިން ދެކެވިފައިވާ ވާހަކަތަކުން ޖުމްލަގޮތެއްގައި ޑިސްކައުންޓްގެ އަދަދު ދެވޭނެ ގޮތަކަށް ޕޯސްޓް ޑޭޓެޑް ޗެކު ދޭނަމަ ޑިސްކައުންޓް ދިނުމަށް ޔޫމެޓް ކޮންސްޓްރަކްޝަންއިން ބުނަމުން އައިކަމަށާއި، އަދި އެފަދައިން ޕޯސްޓް ޑޭޓެޑް ޗެކު ދިނުމަށް ބައްދަލުވުމުގައި އެއްބަސްވެފައިނުވާނެކަމަށ ކޯސްޓަލް ވެންޗަރސ އިން ބުނަމުން އައި ނަމަވެސް، އެންމެ ފަހުން ކޯސްޓަލް ވެންޗަރސްގެ ފަރާތުން ބުނެފައިވާ ގޮތުން، ފުރަތަމަ ޕޭމަންޓް ދޭއިރު، ދެވަނިއިންސްޓޯލްމަންޓަށ ފައިސް ދޭނެކަމށާއެއަދިއްގޮތަށް އިންސްޓޯލްމަނާޓތަކަށ ފައިސް ދައްކާ ނިންމާނެކަމަށް ބުނެފައިވާކަމުގައެވެ.
12ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2021/SC-A/39 އިބްރާހިމް ރަޝީދު އަދި އިތުރު 2 ފަރާތެއް ވ. ޢަބްދުﷲ ޢަޒީޒު ޤަޟިއްޔާގައިވަކި ޚާއްޞަ ބާވަތެއްގެ ކޮންޓަރެކްޓެއް އޮންނަންވީގޮތ ޤާނޫނެއްގައ ބަޔާންކޮށްފައި އޮންނަ ޙާލަތުގައި ފިޔަވައި، ކޮންޓްރެކްޓަކީ ވަކި މިވެނި ގޮތަކަށް އޮތުން ލާޒިމް އެއްޗެއްނޫންކަމށާއި،އަދ ވަކި ކަމަކަށް ދެ ފަރާތުގެ ވިސްނުން އެއްގޮތްވެ ގަރާރުވެފައިވާ ކަމަށް އެ ފަރާތްތަކުގްޢިމަލުތަކުން ދޭހަވާނަމަ، ދެ ފަރާތުގެ ދެމެދުގައި ކޮންޓްރެކްޓެއް އުފެދިފައިވާކަމަށް އފޮ ތިރާޒުކުރެވޭކަމަށް ކަނޑައަޅާފައިވާކަމުގައެވެ.
13ދެ ފަރާތުން ވާހަކަ ދެއްކުމަށްފަހު، 12 މާރް◌ޗި 2019 ގައް ފައިސި ދައްކާނެ އައު ޕްލޭނެއް ކޯސްޓަލ ވެންޗަރސްގެ ފަރާތުން ޔޫމެޓް ކޮންސްޓްރަކްޝަންއަށް ހުށަހަޅާފައިވާކަމށާއި،އެ އީމެއިލްގައ ފައިސި ދައްކާނެގޮތާއެކު، މި ޕޭމަންޓް ޕްލޭނަށް އެއްބަސްވީތީ ޝުކުރު އަދާކުރާކަމަށާއި، ޑިސްކައުންޓް ދީފައިވާ އިންވޮއިސް ފޮނުވައި ދިނުމަށް އެދޭކަމަށް ބަޔާންކޮށް ކޯސްޓަލް ވެންޗަރސްގ ފަރާތުން އީމެއިލެއް ފޮނުވފައިވާކަމުގައެވެ.
14ދެ ފަރާތުން ވާހަކަ ދެއްކުމަށްފަހު، ދެ ފަރާތުން އެއްބަސްވާ އަގަކީ، 450,000/-ރ. )ހަތަރުލައްކަ ފަންސާސްހާސް ރުފިޔާ( ކަމަށާއި، އެ ފައިސާ އަދާކުރުމުގެ ގޮތުން، 02 )ދޭއް( ޕޭމަންޓް ރިސީޓެއ ތައްޔާރުކުރެވި، ޕޭމަންޓް ފޮނުވި، މި ޕޭމަންޓް ލިބިފައިވާކަމަށް ޔޫމެޓް ކޮންސްޓްރަކްޝަންގެ ފަރާތުނ ސޮއިކޮށްފައިވާކަމުގައެވެ. މި ދެ ރިސީޓްގައިވާ ޖުމްލަ ފައިސާގެ މިންވަރަކީ 463,239/78ރ. )ހަތަރުލައްކަ ފަސްދޮޅަސް ތިންހާސް ދުއިސައްތަ ތިރީސް ނުވަ ރުފިޔާ ހަތްދިހަ އަށް ލާރި( ކަމަށާއި، ދ ފަރާތެ ދެމެދް މިނޫން މުޢާމަލާތެއް ކުރެވިފައިނުވާތީ، މި އެންމެހާ ފައިސާއަކީ މި މުޢާމަލާތާއި ގުޅިގެން ދައްކާފައިވާ ފައިސާކަމުގައެވެ. އެހެންކަމުން، މި މައްސަލައިގައި ދެ ފަރާތުނ އެއްބަސްވެފައިވާގޮތަށް ދައްކަންޖެހޭ ފައިސާ ދައްކާ ޚަލާޞްކޮށްފައިވާކމަށް ބަލަންޖެހޭކަމުގައެވެ.
15ޔޫމެޓް ކޮންސްޓްރަކްޝަންއާއެކު ކުރެވިފައިވާ ހަމައެކަނި މުޢާމަލާތަކީ މިއީކަމަށްވެފައި، ދޭންޖެހޭ ޖުމްލަ އަދަދަކީ ކޮބައިކަމާމެދު ދެ ފަރާތުގެ ދެމެދު އޭރު ޚިލާފެއް ނެތްކަމާއި އަދި އެ އަދަދަށްވުރެން ގިނައިންވެސް އިސްތިއުނާފުކުރާ ފަރާތުން އިސްތިއުނާފު ރައްދުވާ ފަރާތަށް ފައިސާ ދީފައިވަނިކޮށް، ޢެމަލުކޮށް ނިމިފައިވާ އެއްބަސްވުމަކަށް އެއީ ވެފައިނުވާ އެއްބަސްވުމެއްކަމަށް ކަނޑައަޅާފައިވަނީ ހުށަހެޅިފައިވާ ހެކިތަކަށް ފުރިހަމައަށް ރިޢާޔަތްނުކޮށް، ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ )ށ( އާ ޚިލާފަށްކަމުގައެވެ.
16އިސްތިއުނާފުކުރާ ފަރާތުން އެދިފައިވަނީ ސިވިލް ކޯޓުގެ ޙުކުމް ބާޠިލުކޮށްދިނުމަށާއި، އެ ފައިސާއަކީ ދައްކައި ޚަލާސްކޮށްފައިވާ ފައިސާއެއްކަމަށް ކަނޑައަޅައިދިނުމަށެވެ.
އިސްތިއުނާފު ނުކުތާތަކުގެ ރައްދު
17އިސްތިއުނާފީ ނުކުތާގެ ރައްދުގައިއިސްތިއުނާފ ރައްދުވު ޔޫމެޓް ކޮންސްޓްރަކްޝަންގެ ފަރާތުނ ބުނެފައިވަނީ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 4 ވަނަ މާއްދާގައި ބަޔާންކުރާފަދަ ޤާނޫނީ ބަނދެވުމެއް ކޯސްޓަލް ވެންޗަރސްއާއި ޔޫމެޓް ކޮންސްޓްރަކްޝަންއާ ދެމެދު ވެފައިވާކމަށަ ނުދެކޭކަމަށާއި، އެއީ ޔޫމެޓް ކޮންސްޓްރެކްޝްންގެ ފަރާތުން ހުށަހެޅި ހުށަހެޅުން ކޯސްޓަލް ވެންޗަރސްގަފަރާތުނ ޤބޫލުކޮށް،އެކަމަށް ޢަމަލުކޮށްފައިނުވާތކަމުގައެވެ. މީގެ އިތުރުން ޑިސްކައުންޓެއް ދިނުމަށް ހުށަހެޅުމަކ ދީ ފަރާތުގެ ދެމެދުގައި ބަނދެވޭފަދަ ކޮންޓްރެކްޓެއް ހިނގުމެއްނޫންކަމަށާއި، އެއީ ޔޫމެޓް ކޮންސްޓްރަކްޝަންގެ ފަރާތުން ހުށަހެޅި ހުށަހެޅުމެއްކަމިށެއި، މި ދައުވަތު ޤަބޫލުކޮށް، މ ދައުވަތުގައިވ ކަންކަނާ ލިޔެކިޔުމުން ހަމަޖެއްސުމަށް މަސައްކަތްކުރުމެއްނެތި ކޯސްޓަލް ވެންޗަރސްގ ފަރާތުން އަމިއްލައަށް ގޮތްކަނޑައަޅައިގެނ މައްސަލައިގް ޙަޤީޤަތް އޮޅުވލުމަށ މަސައްކަތްކުރުންކަމުގައެވެ.
18ކްސްޓަ ލުވެންޗަރސްގެ ފަރާތުން ހުށަހެޅި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރ 2021/SC-A/39 އިބްރާހިމް ރަޝީދު އަދި އިތުރު 2 ފަރާތެއް ވ. ޢަބްދުﷲ ޢަޒީޒު މައްސަލައިގައި ކަން ހިނގާފައިވާގޮތާއ މި މައްސަލައިގައި ކަނި ހިނގާފައިވާގިތާއި އެއްގޮތްނުވާކަމަށާއި، އެހެނީ މ މައްސަލައިގައި ޔޫމެޓް ކޮންސްޓްރަކްޝަންގެ ފަރާތުން ހުށަހެޅ ހުށަހެޅުނާ ކޯސްޓަލް ވެންޗަރސްގެ ފަރާތުން ޤަބޫލުކޮށްފައިނުވތ ކަމުގައެވެ.
1950% )ފަންސާސް އިންސައްތަ( ޑާސްކައުންޓ ދޭނެކަމަށް ބުނާބުނުމަކީ ކަނޑައެޅިގެން ދޮގެއ ކަމަށާއި، އަދި މިކަމްގުޅިގެނ ދެ ފަރާތް ދެމެދު ފޮނުވާފައިވާ ލިޔުމެއްވާނަމަ ޝަރީޢަތަށް އެ ލިޔުން ހުށަހެޅުމަށް އެދޭ ކަމުގައެވެ.
20މްކަމުގައ ކަނި ހިނގާފައިވާގޮތަކީ ޝަރުޠުތަކެއް ކުރުމާއިއެކު އެކަމަށް ކޯސްޓަލް ވެންޗަރސްގެ ފަރާތުން އެއްބަސްވާނަމަ، ޑިސްކައުންޓެއް ދޭނެކަމަށް ބުނެފައިވުމެވެ. ނަމަވެސް، ވަކި އަދަދެއް ކަނޑައަޅާފައިނުވާނެކަމށާއި،ޝަރުޠުކުރިގޮތަކީ މިހާތަނަށް ކޯސްޓަލް ވެންޗަރސްގެ ފަރާތުން ދައްކަންޖެހޭ ފައިސާއަށް ޕޯސްޓް ޓޭޑެޓ ޗެކެއް ދިނުންކަމަށާއި، އެހެންކަމުން، އެކަމަށް ޢަމަލުކުރުމެއްނެތި މިހާރު ދައްކާ ވާހަކަތަކާމެދ ސުވާލު އުފެދޭކަމުގައެވެ.
21ކޯސްޓަލް ވެންޗަރސްގެ ފަރާތުން އެ ބުނާ 450,000/-ރ. )ހަތަރުލައްކަ ފަންސާސްހާސް ރުފިޔާ( ދެއްކުމުން ދަރަނި ޚަލްސވީކަމަށް އެއްބަސްވެފައިނުވާކަމަށާއި، އެފަދަ އެއްވެސް ލުޔެއް ދީފައިނުވާކަމަށާއި،ޔޫމެޓް ކޮންސްޓްރަކްޝަންގެ ފަރާތުން ލުޔެއްދިނުމަށް އެއްބަސްވެފައިވަނީ ޝަރުޠުތަކާއިއެކުކަމަށާއި، އެއީ އެއްބަސްވާގޮތެއްގެ މަތިން ދެވޭ ޑިސްކައުންޓް އުނިކުރުމަށްފަހު ދެން ހުރް ފައިސި ދެއްކޭނެ ދުވަހަށް ޕޯސްޓް ޑޭޓެޑް ޗެކެއް ގެނައުމަށް ބުނިނަމަވެސް، އެކަން އެގޮތަށް ކުރުމަށް ކޯސްޓަލް ވެންޗަރސްގެ ފަރާތުން އިންކާރުކުރުމުން އެކަން އެހިސާބުން ނިމުނީކަމުގައެވެ.
22އިސްތިއުނާފު ރައްދުވާ ފަރާތުން އެދިފައިވަނީ އިސްތިއުނާފުކުރާ ފަރާތުން ދައްކަންޖެހޭ ޖުމްލަ 915,132/98ރ. )ނުވަލައްކަ ފަނަރަހާސް އެއްސަތޭކަ ތިރީސް ދެ ރުފިޔާ ނުވަދިހަ އަށް ލާރި( ގެ ތެރެއިން އިސްތިއުނާފުކުރާ ފަރާތުން ދައްކާފައިވާ 463,239/78ރ. )ހަތަރުލައްކަ ފަސްދޮޅަސް ތިންހާސް ދުއިސައްތަ ތިރީސް ނުވަ ރުފިޔާ ހަތްދިހަ އަށް ލާރި( އުނިކުރުމަށްފަހު، މިހާތަނަށް ނުދައްކައިވާ ފައިސާ އެބަހީ ސިވިލް ކޯޓުގެ ނަންބަރ 88/Cv-C/2021 ޤަޟިއްޔާގެ ޙުކުމުގައި ކަނޑައަޅާފައިވާ 451,893/20ރ. )ހަތަރުލައްކަ ފަންސާސް އެއްހާސް އަށްސަތޭކަ ނުވަދިހަ ތިން ރުފިޔާ ވިހި ލާރި( އަކީ އިސްތިއުނާފުކުރާ ފަރާތުން އިސްތިއުނާފު ރައްދުވާ ފަރާތަށް ދައްކަންޖެހޭ ފައިސާއެއްކަމަށް ކަނޑައަޅައިދިނުމަށެވެ.
ޝަރީޢަތަށް ފާހަގަކުރެވުނު ކަންތައްތައް
23މި މައްސަލައިގައި ޚުޞޫމާތު މި އުފެދެނީ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 4 ވަނަ މާއްދާގައި ބަޔާންކުރާފަދ އެއްބަސްވުމެއް ކޯސްޓަލް ވެންޗަރސްއާއި ޔޫމެޓް ކޮންސްޓްރަކްޝަންއާ ދެމެދު ވެފައިވާކަމަށް ކޯސްޓަލް ވެނޗަރސްގެ ފަރާތުން ބުނާ ބުނުމުގެ މައްޗަށެވެ.
24މި ބުނި ބުނުމުގެ އަލީގައި ދެ ފަރާތް ދެމެދު ކަން ހިނގާފައިވާގޮތުގެ މައްޗަށް ބަލާއިރު، އަންނަނިވި ކަންކަން ފާހަގަކުރެވެއެވެ.
24.1. މ މައްސަލައިގައި ޔޫމެޓް ކޮންސްޓްރަކްޝަންގ 02 )ދޭއް( އެކްސްކަވޭޓަރު ކޯސްޓަލް ވެންޗަރސްގެ ފަރާތުން ބޭނުންކޮށްފައިވާކަމާއި، މިކަމާ ގުޅޭ ގޮތުން ޔޫމެޓް ކޮންސްޓްރަކްޝަންގ 06 )ހައެއް( އީންވޮއިސަށްވާ ޖުމްލަ ފައިސާގެ އަދަދަކީ 915,132/98 ރ. )ނުވަލައްކަ ފަނަރަހާސް އެއްސަތޭކަ ތިރީސް ދެ ރުފިޔާ ނުވަދިހަ އަށް ލާރި( ކަމަށްވާއިރު، މި އަދަދަށް ޑިސްކައުންޓެއް ދިނުމާއި ގުޅޭ ގޮތުން ދެ ފަރާތުނ 13 ފެބުރުއަރީ 2019 ގައް މަޝްވަރާކޮށްފައިވާކަން ދެ ފަރާތް ދެމެދު ބަދަލުކުރެވިފައިވާ އީމެއިލްތަކުން އެނގޭކަން
24.2. މި ބައްދަލުވުމާ ޙަވާލާދީ 13 ފެބުރުއަރީ 2019 ގައި ކޯސްޓަލް ވެންޗަރސްއިން ޔޫމެޓް ކޮންސްޓްރަކްޝަންއަށް ފޮނުވާފައިވާ އީމެއިލުން، އެ ފަރާތުން ދައްކަންޖެހޭ ފައިސާއަށް %50 )ފަންސާސް އިންސައްތަ( ގ ޑިސްކައުންޓެއް ދިނުމަށް ދެ ފަރާތުން އެއްބަސްވެފައިވާތީ، ޑިސްކައުންޓް ހިމެން އިންވޮއިސް ފޮނުވުމަށް ޔޫމެޓް ކޮންސްޓްރަކްޝަންގެ ކިބައިން އެދިފައިވާކަން
24.3. މި އީމެއިލްގެ ރައްދުގައި 19 ފެބުރުއަރީ 2019 ގެ 15:39 ގައިޔޫމެޓ ކޮންސްޓްރަކްޝަންއިން ފޮނުވާފައިވާ އީމެއިލްގައް،ކޯސްޓަލް ވެންޗަރސްގެ ފަރާތުން ފައިސާ ދައްކާނެ ދުވަހާއި، އަދި މިއަށްޕްސްޓ ޑޭޓެޑް ޗެކް އިޝޫކުރުމަށް ދެ ފަރާތުނ އެއްބަސްވެފައިވާއިރު، ޑިސްކައުންޓް ދިނުމަށްޓަކައި މިކަންކަން ފުރިހަމަކުރުމަށް އެދިފައިވާކަން
24.4. މި އީމެއިލްގެ ޖަވާބުގައި ކޯސްޓަލް ވެންޗަރސްގެ ފަރާތުން 19 ފެބުރުއަރީ 2019ގެ 16:58 ގައިފޮނުވާފައިވާ އީމެއިލްގައި ޕޭމަންޓް ޝެޑިއުލެއް ފޮނުވިފައިނުވަނީ ޔޫމެޓް ކޮންސްޓްރަކްޝަންގެ ފަރާތުން ޑިސްކައުންޓް ހިމެނޭ ފައިނަލް އިންވޮއިސް ފޮނުވާފައިނުވާތީކަމއ، 13 ފެބުރުއަރީ 2019 ގެ ބައްދަލުވުމުގައި ޕޯސްޓް ޑޭޓެޑް ޗެކު އިޝޫކުރުމަށް އެއްބަސްވެފައިނުވިކަމާ އާ،ކޯސްޓަލް ވެންޗަރސްގެ ހުށަހެޅުމަކީ ޔޫމެޓް ކޮންސްޓްރަކްޝަންގެ ފަރާތުން ފައިނަލް އިންވޮއިސް ލިބުންކަމްއާ، މި އިންވޮއިސް ލިބުމުން ޕޭމަންޓް ޝެޑިއުލެއް ދޭނެކަމްއ، މިގޮތުން ފުރަތަމަ އިންސްޓޯލްމަންޓް 07 މްރިޗްގެ ކުރިން، ދެވަނަ އިންސްޓޯލްމަންޓް 07 އެޕްރލްގީ ކުރިން އަދި ތިންވަނަ އިންސްޓޯލްމަންޓް 07 އެޕްރީލް 2019 ގެ ކުރިއަށް ދައްކާނެކަން
24.5. މި އީމެއިލްއަށް 19 ފެބުރުއަރީ 2019ގެ 18:14 ގައި ޔޫމެޓް ކޮންސްޓްރަކްޝަންގެ ފަރާތުން ދިން ޖަވާބުގައި ބުނެފައިވަނީ، ކޯސްޓަލް ވެންޗަރސްއަށް ފަހިވާ ޕޭމަންޓް ޝެޑިއުލެއ ދިނުމަށާއި، އަދި އެކަށީގެންވާ ޑިސްކައުންޓެއް ދޭނެކަމަށް ޔޫމެޓް ކޮންސްޓްރަކްޝަންއިނ އެއްބަސްވިނަމަވެސް، މީގެ ޝަރުޠަކީ ޕޯސްޓް ޑޭޓެޑް ޗެކުގެ ގޮތުގައާގެރެންޓީއެއް ދިނުންކަމަށާއި، އެ ފަރާތުން ޕޭމަންޓް ދިނުމަށް ހުށަހަޅާފައިވާ ތާރީޚުތަކަށް ފައިސ ދެއްކޭނެކަމާމެދު ސުވާލުއުފެދޭނަމަ، އެ ފަރާތަށް ފަހިވާގޮތަށް އެ ތާރީޚުތައް ބަދަލުކުރެވޭނެކަނ
24.6. ޔޫމެޓް ކޮންސްޓްރަކްޝަންއިން 07 މާރިޗް 2019 ގައި ކޯސްޓަލް ވެންޗް ރސްއަށް ފޮނުވަ އީމެއިލްގައި ފުރަތަމަ އިންސްޓޯލްމަންޓް ޕޭމަންޓާއ ގުޅި ގޮތުން ސުވާލުކޮށްފައިވާކަނ
24.7. އިސްވެ ބަޔާންކޮށްފައިވާއީމެއިލްއަށް ކޯސްޓަލް ވެންޗަރސްގެ ފަރާތުނ 07 މާރިޗް 2019 ގައި ދީފައިވާ ޖަވާބުގައި، ފައިސާ ދެއްކުމުގައި 01 )އެކެއް( މަހުގެ ޑިލޭއެއ އައިސްފައިވާކަމށާއި، ޕޭމަންޓް ޝެޑިއުލް ރިވައިސްކުރުމަށް އެދޭކަމަށާއި، މިގޮތުން 150,000/-ރ. )އެއްލައްކަ ފަންސާސްހާސް ރުފިޔާ(ގެ ފުރަތަމަ ޕޭމަންޓް 15 އެޕްރީލް 2019 ގެ ކުރިން، 150,000/-ރ. )އެއްލައްކަ ފަންސާސްހާސް ރުފިޔާ( ގެ ދެވަނަ ޕޭމަންޓް 15 މެއި 2019 ގެ ކުރިން އަދި 150,000/-ރ. )އެއްލައްކަ ފަންސާސްހާސް ރުފިޔާ( ގެ ތިންވަނަ ޕޭމަންޓް 15 ޖޫން 2019 ގ ކުރިން ދައްކައި ނިންމުމަށް ޕޭމަންޓް ޝެޑިއުލް ރިވައިސްކުރުމަށް އެދޭކަނ
24.8. ކޯސްޓަލް ވެންޗަރސްގެ ފަރާތުން ހުށަހެޅި ޕޭމަންޓް ޝެޑިއުލް ޔޫމެޓްކޮންސްޓްރަކްޝަންގ ފަރާތުން ޤަބޫލުކުރާނީ، ކޯސްޓަލް ވެންޗަރސްގެ ފަރާތުން ޕޯސްޓް ޑޭޓެޑް ޗެކު އިޝޫކުރުމަށ އެއްބަސްވާނަމަކަމަށާއި، މިފަދައިން އެއްބަސްނުވާނަމަ، މިކަން ކޯޓު މެދުވެރިކޮށް ޙައްލުކުރުމަށް ބޭނުންވާކަމަށާއި، މިކަމާއި ގުޅިގެން އެ ފަރާތުން ނިންމާ ގޮތެއް 10 މާރިޗް 2019 ވ ހެމޯ ދުވަހުގެ 16:00 ގެ ކުރިން އެންގުމަށް ޔޫމެޓް ކޮންސްޓްރަކްޝަންގެ ފަރާތުން 10 މާރިޗް 2019 ގެ 11:44 ގައި ކޯސްޓަލް ވެންޗަރސްއަށ އީމެއިލެއް ފޮނުވާފައިވާކަން
24.9. ފުރަތަމަ ޕޭމަންޓް 15 އްޕްރީ ލްގައި ދެއްކުމަށް އެއް ބަސްވެފައިވާތީ، މއ މަހުގެ ޕޭމަންޓަށ ޕޯސްޓު ޑޭޓެޑް ޗެކް ދޫކުރުމަށް މެނޭޖްމަންޓުން އެއްބަސްވާކަމަށާއި، މެއި މަހުގެ ޕޭމަންޓް ދައްކާއިރު، ޖޫން މަހަށްވާ ޕޯސްޓް ޑޭޓެޑް ޗެކު އިޝޫކުރާނެކަމަށާއި، އަދި ޑިސްކައުންޓް އަދަދު އުނިކޮށް، ފައިނަލް އިންވޮއިސް ޔޫމެޓް ކޮންސްޓްރަކްޝަންއިން ފޮނުވުމަށް އެދޭކަމަށ ބަޔާންކޮށް 12 މާރިޗް 2019ގެ 14:02 ގައް ކޯސްޓަލް ވެންޗަރސްއިން އީމެއިލެއް ފޮނުވާފައިވާކަން
24.10. 12 މާރިޗް 2019 ގެ 14:18 ގައި ޔޫމެޓް ކޮންސްޓްރަކްޝަންއިން ކޯސްޓަލް ވެންޗަރސްއަށް ފޮނުވާފައިވާ އްމެއިލްގައި، ހުރިހާ ޕޭމަންޓަކަށ ޕޯސްޓް ޑޭޓެޑް ޗެކް އިޝޫކުރުމަށް އެއްބަސްނުވާނަމަ، ޑިސްކައުންޓްދެވެން އެއްބަސްވެވެން ނެތްކަމަށް ބަޔާންކޮށްފައިވާކަނ
24.11. 12 މާރިޗް 2019 ގެ 15:42 ގައި ކޯސްޓަލް ވެންޗަރސްއިން ޔޫމެޓް ކޮންސްޓްރަކްޝަންއަށް ފޮނުވާފައިވާ އީމެއިލްގައި، ދެ ފަރާތް ދެމެދު ބޭއްވުނު ބައްދަލުވުމުގައި ޕޯސްޓް ޑޭޓެޑް ޗެކް އިޝޫކުރުމަށް އެއްބަސްވެފައިނުވާކަމަށާއި، އެހެނަސް، ކޯސްޓަލް ވެންޗަރސްއަށް އެއްބަސްވެވޭގޮތަށް )އަދި އެ ފަރާތުން ހުށަހަޅާފައިވާގޮތަށް( ޕޯސްޓް ޑޭޓެޑ ޗެކު އިޝޫކުރުމަށް އެއްބަސްވާކަމަށާއި، އެއްބަސްވިގޮތަށް އެކަން ނިންމުމަށް އެދޭކަމަށ ބަޔާންކޮށްފައިވާކަނ
24.12. އެއަށްފަހު ދެ ފަރާތް ދެމެދު އީމެއިލުން މުޢާމަލާތެއް ކޮށްފައިނުވާކަމަށާއި، ޕޯސްޓް ޑޭޓެޑް ޗެކެއް އިޝޫކޮށްފައިނުވާކަމށާއި،އަދި ޔޫމެޓް ކޮންސްޓްރަކްޝަންގެ ފަރާތުން އީމެއިލްގައި ބަޔާންކުރާފަދަ ފައިނަލް އިންވޮއިސެއ ހުށަހަޅާފައިނުވާކަން މި ކޯޓުގައި ބޭއްވުނު އަޑުއެހުމުގައި ޚަޞްމުންގެ ފަރާތުން އެނގިފައިވާކަނ
24.13. 02 )ދޭއް( ޕޭމަންޓްރިސީޓެއ ކޯސްޓަލް ވެންޗަރސްގެ ފަރާތުން ޔޫމެޓް ކޮންސްޓްރަކްޝަނަށް ފޮނުވާފައިވާކަމށާއި، ފުރަތަމަ ޕޭމަންޓް ރިސީޓްގައ ފައިސި އަދާކުރަނީ ފުރަތަމަ އިންސްޓޯލްމަންޓްގެ 150,000/-ރ.)އެއްލައްކަ ފަންސާސްހާސް ރުފިޔާ( އާއި، ނަންބަރ UC/INV/2019/030 )07 ފެބުރުއަރީ 2019( ގެ އިންވޮއިސަށްވާ 163,240/-ރ.)އެއްލައްކަ ފަސްދޮޅަސް ތިންހާސް ދުއިސައްތަ ސާޅީސް ރުފިޔާ( ކަމަށާއި، ދެވަނަ ޕޭމަންޓް ރިސީޓްގައި ދެވަނަ އިންސްޓޯލްމަންޓްގެ 150,000/-ރ. )އެއްލައްކަ ފަންސާސްހާސް ރުފިޔާ( އަދާކުރިކަމަށް ބަޔާންކޮށްފައިވާކަމށާއ، މި ޕޭމަންޓްތައް ލިބިފައިވާކަމަށް ޔޫމެޓް ކޮންސްޓްރަކްޝަންގެ ފަރާތުން ސޮއިކޮށްފައިވާކަނ
25މިކަންކަމުގެ އަލީގައި، ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 4 ވަނަ މާއްދާއާ ގުޅުވައިގެން އުފައްދާ ޚުޞޫމާތުގެ ޖަވާބުދިނުމަށްޓަކައި، ކޮންޓްރެކްޓާގުޅޭ ޤާނޫނީ ގާއިދާތައ ބެލުން މުހިންމުކަމުގައި ދެކޭތީ، އަންނަނިވ ނުކުތާތަކުގައި އެކަން ބަޔާންކުރީމެވެ.
26މަދަނީ ޤާނޫނުގައި ކޮންޓްރެކްޓަކީ ދެ ޝަޚުޞުންގ ނުވަތެ އެއަށްވުރެ ގިނަ ޝަޙުޞުންގެ މެދުގައި، ކަމެއްކުރުމުގ ނުވަތެ ކަމެއް ކުރުމުން މަނާވެގަތުމުގ ޤާނޫނެ އިލްތިޒާމު އުފުލުމަށް ވެވޭ އެއްބަސްވުމެކެވެ.ދުނިޔޭގެ އެންމެހައި ޤާނޫނީ ނިޒާމުތަކުގައި އެފަދަ އެއްބަސްވުމެއް މައުޟޫޢީގޮތުން އެކުލަވާލުމުގެ ފުރިހަމަ ބާރާއި އިޚުތިޔާރު މަބްދައު ސުލްޠާނުލީ އިރާދާގެ ދަށުން ކޮންޓްރެކްޓްގެ ބައިވެރިންނަށް ލިބިދެއެވެ. މއ freedom to contract ގެ މަފްހޫމެވެ.
27މި ބާރާއި އިޚުތިޔާރު ޤާނޫނީގޮތުން ޤައިދުކުރެވޭނެ ހަމައެކަނި ގޮތަކީ ކޮންޓްރެކްޓުގެ އެއްބަސްވުމަކީ 'އަމުރުކުރުވަނިވ ޤާނޫނި ޤާޢިދާ' (peremptory rule) އަކުއާ ނުވަތި ދައުލަތުގެ ޢާންމު ނިޒާމާއި ޢާންމު އަދަބުތަކުގެ (public order/public decency) ޤާޢިދާ އަކާއި ޚިލާފު އެއްބަސްވުމަކަށް ވާނަމކަން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރ 2009/SC-A/30 ޙަސަން ޙަލީމް ވ. ހަރންގް ތްޔޭ ހެންގް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގައި ކަނޑައަޅާފައިވެއެވެ.
28ކޭންޓްރެޓަކ ދީ މީހެއްގެ ދެމެދުގައި ނުވަތަ ދެމީހަކަށްވުރެ ގިނަ ބައެއްގެމެދުގައ އެއްބަސްވެވި އެއްބަސްވުމެއްކަމުގައިވާއިރު، މި އެއްބަސްވުމަކީ ޤާނޫނު ޤަބޫލުކުރެ،ނުވަތަ ޤާނޫނަ ބާރުދޭ އެއްބަސްވުމަކަށްވާންޖެހޭކަން ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 2 ވަނަ މާއްދާގައިވެއެވެ.
29HN1ކިންޓްރެކްޓަކ ޤާނޫނީ އެހެން ގޮތަކަށް ކަނޑަނާޅާނަމަ، ވަކި މިވެނި ގޮތަކަށްއޮތުނ ލާޒިމް އެއްޗެއް ނޫންކަމުގައި ކޮންޓެރކްޓާބެހޭ ޤާނޫނުގެ 4 ވަނަ މާއްދާގައި ބަޔާންކުރެއެވެ.އެހެންކަމުން، ސަރީހަ ބަހުން ނުވަތަ ޒިމްނީ ގޮތުންވެސް ކޮންޓްރެކްޓެއް އޮވެދާނެއެވެ. ކޮންޓްރެކްޓެއް ލިޔެ ސޮއިކޮށްފައި އޮތުން ޤާނޫނު ލާޒިމެއްނުކުރެއެވެ.
30ޤަ ނޫނުގައ ވަކި ޚާއްޞްގޮތަކަށ އެކުލަވާލުން ލާޒިމް ނުކުރާ ނުވަތަ ވަކި ޚާއްޞަ ރަސްމީ ސިފައެއްގައި އޮތުން ލާޒިމްނުކުރާ ކޮންމެ ކޮންޓްރެކްޓަކީ، އެ ކޮންޓްރެކްޓެއްގައި ހިމެނޭ އެއްފަރާތުން އަނެއްފަރާތަށް ހުށަހަޅާ ހުށަހެޅުމެއް، އެ ހުށަހެޅުން ރައްދުވީ ފަރާތުން ޤަބޫލުކުރުމުން ވުޖޫދަށް އަންނަ 'ރިޟާއީ' (consensual) ކެންޓްރެކްޓެއްކަމުގައި ދިވެހިރާއްޖޭގު ސުޕްރީމް ކޯޓުގެ ނަންބަރ 2009/SC-A/30 ޙަސަން ޙަލީމް ވ. ހަރންގް ތްޔޭ ހެންގް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާއިން ކަނޑައަޅާފައިވެއެވެ.
31މިގޮތުން،ކޮންޓްރެކްޓް ޞައްޙަވުން ބިނާވެފައިވނ 02 )ދޭއް( އަސާސެއްގެ މައްޗަށެވެ. އެއް ކޮންޓްރެކްޓުގެ ބައިވެރިން އެއްވެސް މަޖުބޫރުކަމެއްނެތި އަމިއްލަ އިޚްތިޔާރުގައި އެ ކޮންޓްރެކްޓް ކުރުމުގު މައްޗަށް އޭގެ ބައިވެރިންގެ ފުރިހިމަ ރުހުމާއި ޤަބޫލު އޮތުމެވެ. އަދ ފުރަތަމަ އަސާސްގެ މައްޗަށް ބިނާކޮށް އެ ކޮންޓްރެކްޓްގެ ބައިވެރިންގެ ރުހުމާއި ޤަބޫލު، ޝަރީޢަތާއި ޤާނޫނު ޤަބޫލުކުރާ، އަދި ޝަރީޢަތާއި ޤާނޫނު އެކަންކުރުމުގެ މައްޗަށް ބާރުދޭ ކަމެއްގެ މައްޗަށް އޮތުމެވެ.
32މި އަސާސް ކޮންޓްރެކްޓާބެހޭ ޤާނޫނުން ދެނެގަނެވެއެވެ. މިގޮތުން، ކޮންޓްރެކްޓާ ބެހޭ ޤާނޫނުގެ 3 ވާނަ މާއްދާގަ )ހ( ގައިވަނީ، ކޮންޓްރެކްޓެއްގައި އެއްބަސްވަމީހުން ރުހިޤެބޫލުވާންވާނީ އެއްވެސ މަޖުބޫރު ކަމްއްނެތި އަމިއްލަ އިޚްތިޔާރުގްއިކަމުގައެވެ. އެކަކު ހުށަހަޅާ ހުށަހެޅުމެއް އެ ހުށަހެޅުން ރައްދުވީ ފަރާތުނަޤަބޫލުކުރުމުން ކޮންޓްރެކްޓެއް ކުރެވުނީކަމށާއި،މި ހުށަހެޅުމަކީ، އޮޅުން ނުފިލާގޮތަކަށް، ނުވަތަ ޔަޤީންނުވާ ގޮތަކަށް އޮނަނަ އެއްޗަކަށް ވެގެން ނުވާނކަމށާއި،އެ ހުށަހެޅުން ވާންވާނީ ޤާނޫނީގޮތުން ބަނދެވޭ ބަނދެވުންތަކެއް އުފެއްދުމުގެ ހަރުދަނާ ނިޔްތުގައ ހުށަހަޅި ހުށަހެޅުމަކަށކަމުގައި ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 5 ވަނަ މާއްދާއާއި 6 ވަން މާއްދާގަ )ހ( އިނ އެނގެއެވެ.
33ހުށަހެޅުނު އިތުރަށް ތަފްޞީލުކޮށްފައިވާގޮތުން ހުށަހެޅުމަށްޓަކައި ދެވޭ ދިއަވަތަކީ ހުށަހެޅުމެއް ކަމުގައި ބަލައިގެންނުވާނެއެވެ. އަދި ކޮނމ މީހަކަށްވެސ ނުވަތް ބަޔަކަށްވެސ ނުވަތް އާންމުކޮށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2014/SC-A/16 )ޙަސަން ޢަލީ މަނިކު ވ. ޙާމިދު އިސްމާޢީލް( ޤަޟިއްޔާއާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރ 2017/SC-A/01 )އެލައިޑް އިންޝުއަރެންސް ކޮމްޕެނީ އޮފް ދަ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވ. ޔޮޓް ޓުއަރސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް( ޤަޟިއްޔ އެންމެންނަށްވެސ ހުށަހެޅުމެއް ރައްދުކުރެވިދާނެކަން ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 6 ވަނަ މާއްދާގެ )ށ( އަދި )ނ( އިން އެނގެއެވެ.
34HN3ހުށަހެޅުން ފުރިހަމަވެގެންދާނީ، ހުށަހެޅުން ފުރިހަމަވާ ފަރާތަށް އެ ހުށަހެޅުމެއް އެންގުމުންނެވެ. މި ހުށަހެޅުން ޤަބޫލުކުރާކަން ކަނޑައަޅް ބުނެދެވިދާނެއެވެ. ނުވަތަ ޢަމަލުކުރާ ގޮތަކުން ޤަބޫލުކުރާކަން އެންގުނީކަމަށް ބެލިދާނެއެވެ. މިކަމުގެ މައިގަނޑު އަސާސަކީ ޤަބޫލުކުރުމަށް އިތުރުގޮތެއް، ނުވަތަ ޝަރުޠެއްނެތުމެވެ. ހުށަހަޅާ ފަރާތުން އ ހުށަހެޅުނޤްބޫލުކުރާނ ގޮތެ ކަނޑައަޅާފައި އޮވެއްޖެނަމަ، ޤަބޫލު ކުރަންވާނީ އެގޮތަކަށެވެ. ޤަބޫލު ކުރާނެގޮތް ކަނޑައަޅާފައި ނުވާނަމަ،ޤާބޫލުކުރާނީ،އަންމުކޮށ އެފަދަ ކަންތައް ކޮށްއުޅޭ ގޮތަކށ ނުވަތް އެކަށީގެންވާ ގޮތަކަށެވެ. ހުށަހަޅަ ފަރާތަށް،ޤެބޫލު ކުރާކަނ އެންގުމުން، އެޤބޫލުކުރުން ފުރިހަމަވީއެވ. މިއީ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 7 ވަނަ މާއްދާއާއި، 8 ވަނަ މާއްދާއާއި އަދި 9 ވަނަ މާއްދާއިން ކަނޑައަޅާފައިވާ ކޮންޓްރެކްޓެއްގެ އުންސުރުކަމުގައިވާ ހުށަހެޅުމާއި، ޤަބޫލުގެ އާންމު ހަމައެވެ.
35އެއްބަސްވުމުގައ ބައިވެރިވި ފަރާތްތަކުން އެއްބަސްވުމުގެ މައުޟޫއާ ދާއިރާއާ މެދު އެއްބަސްވާންޖެހޭނެއެވެ. އަދި ހުށަހެޅުމާއި ޤަބޫލުގެ މުޢާމަލާތު ފުރިހަމަވާނީ ހުށަހަޅާ ފަރާތުނ ހުށަހެޅިކަން އަންގައި، ޤަބޫލުކުރާ ފަރާތުން ޤަބޫލުކުރާކުރުން އެންގުމުންނެވެ.އެހެންކަމުން، ހުށަހެޅުނ ރައްދުވާފަރާތުން ޢަމަލުކުރާ ގޮތަކުން، އެ ހުށަހެޅުން އެ ފަރާތުން ޤަބޫލުކުރާކަން ހުށަހެޅ ފަރާތަށް އެނގޭނަމަ، ދެ ފަރާތުގެ ދެމެދުގައި އެއްބަސްވުމެއް އުފެދުނީއެވެ.އެހެނަސް، ހުށަހެޅުން ހުށަހަޅާ ފަރާތަށް،ހުށަހެޅުން ރައްދުވް ފަރާތުން އެ ހުށަހެޅުނާޤަބޫލުކުރާކުރުން ނޭނގުމުގެ މާނައަކީ ދެ ފަރާތް ބަނދެވޭ އެއްބަސްވުމެއް ޤއިމުވެފައިނެތުމެވެ. މިއީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ 2021/SC-A/77 )އޯޝަން ހަރވެސްޓް )މޯލްޑިވްސް( ޕްރައިވެޓް ލިމިޓެޑް ވ. އާދަމް ޢަބްދުލްޣަފޫރު ޤަޟިއްޔާގައި ޤާއިމުކުރެވިފައިވާ އުޞޫލެވެ.
36HN2ބަޔާނކޮށްފައިވް ނައްސުތަކުގެ ޚުލާޞާއަކީ، ކޮންޓްރެކްޓެއްގައި ހުރުމަށް އާންމު ގޮތެއްގައި ބޭނުންވާ އުންސރުތަކަކީ، ހުށަހެޅުމާއި ޤަބޫލުކުރުމާއި، މުޤާބިލާއި، ޤާނޫން ގޮތުން ބަނދެވޭގުޅުމެއ އުފެއްދުމުގެ ނިޔަތް އޮތުމާއި، ކޮންޓްރެކްޓެއް އުފެއްދުމުގެ ޤާބިލިއްޔަތުކަން އޮތުމުގެ އިތުރަށް ރުހުން އޮތުމެވެ. މިކަންކަން ފުރިހަމަވެގެން މެނުވީ، ދެ ފަރާތް ދެމެދު ޞައްޙަ ކޮންޓްރެކްޓެއް އޮތްކަމަކަށ ނުބެލެވޭނެއެވެ.
37HN4ކޮންޓްރެކްޓަކީ ޒިމްނީގޮތުންވެސް ބަނދެވޭ ބަނދެވުމަކަށްވާއިރު، ދެ ފަރާތް ދެމެދުޞައްޙ އެއްބަސްވުމެއް އުފެދިފައިވޭތޯބެލުމުކީ ބައެއް ޙާލަތްތަކުގައި ދަތިކަމެކެވެ. އެއީ ޚާއްޞަކޮށް،ދ ފަރާތް ދެމެދު ކުރެވޭ މުޢާމަލާތެއްގެ ސަބަބުން ދެ ފަރާތް ބަނދެވޭ ކޮންޓްރެކްޓެއް ޤާއިމުވެފައިވޭތޯ ބަލައި، އެކަން ކަނޑައަޅަންޖެހޭ ޙާލަތުގައެވެ. މިފަދަ ޙާލަތްތަކުގައި ދެ ފަރާތް ދެމެދު މުޢާމަލާތްކުރުމުގައި ބޭނުންކޮށްފައިވާ އިބާރާތްތަކާއި، ދެ ފަރާތުން މަޝްވަރާކުރެވުނު ޙާލަތުގެ އަލީގައި ދެ ފަރާތް ދެމެދު އެއްބަސްވުމުގެ ގުޅުމެއް އުފެދިފައިވޭތޯ ދެނެގަންން ންޖެހެއެވެ. ދެ ފަރާތް ދެމެދު ލިޔުމުން މުޢާމަލާތްކޮށްފައިވާނަމަ، އެ ލިޔުން އިސްވެ ބަޔާނކޮށްފައިވް ޙާލަތުގެ އަލީގައި މާނަކުރުމުން، ދެ ފަރާތް ބަނދެވޭ އެއްބަސްވުމެއްވް ފައިވޭތޯ ނުވަތަ ނޫންތޯ ކަށަވަރުކުރެވޭނެއެވެ. މިފަދައިން ދެނެގަތުމުގެ ބޭނުމަކީ، ދެ ފަރާތް ދެމެދު އެފަދަ އެއްބަސްވުމެއް ޤާއިމުކުރުމުގެ ގަސްދެއ އޮތްތޯ ބެލުމެވެ. މި މައްސަލައިގައި މުޤާބިލާއިގުޅޭ ޤާނޫނީ އުޞޫލުތައް ބަޔާންކޮށްފައިނުވަނީ، މި މައްސަލައިގެ މައުޟޫޢުގެ ތެރޭގައި އެބައި ނުހިމެނޭތއެވީ . އެއްބަސްވުމުގެ މުޤާބިލަކީ، އެއްބަސްވުމުގެ އުންސުރެއްކަމުގައިވާއިރު، ކޮންޓްރެކްޓާބެހޭ ޤާނޫނުގައި، ކޮންޓްރެކްޓްގެ މުޤާބިލަކީ ކޮބައިކަމެއް ބަޔާންކޮށްދީފައި ނުވާއިރު، މުޤާބިލާބެހޭ އުސޫލުތަކެއްވެސް އެ ޤާނޫނުގައި ބަޔާންވެފައި ނުވެއެވެ. މުޤާބިލަކީ ކޮބައިތޯ ބަލާއިރު، ނަމީރާ އިންޖިނިއަރިންގ އެންޑް ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑް ވ. ޖައުސާ ކޮންސްޓްރަކްޝަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑޤް ޟިއްޔާގައި ކަނޑައަޅާފައިވަނީ، "ކޮންޓްރެކްޓް ބެހޭ ޤާނޫނުގެ ބޭނުމަށް މުޤާބިލަކީ ކޮންޓްރެކްޓެއްގައި ހިމެނޭ އެއް ފަރާތުން އަނެއް ފަރާތަށް ވާ ވައުދެއްގެ ރައްދުގައި ވައުދު ރައްދުވާ ފަރާތުން ވައުދުވް ފަރާތަށް ދޭ އަގު ނުވަތަ ކޮށްދޭ ކަމެއް ނުވަތަ ނުކޮށް ދޫކޮށްލާ ކަމެއް ނުވަތަ ދޫކޮށްލާ ހައްގެވެ. " މިފަދައިންނެވެ. މީގެ އިތުރަށް އެ ޤަޟިއްޔާގައ ކޮންޓްރެކްޓެއްގައި މުޤާބިލު އެކުލެވިފައިވޭތޯ ދެނެގަތުމުގައި ކޮންޓްރެކްޓް ކުރުމުގެ މަޤުޞަދަށް ބަލަންޖެހޭނެ ކަމުގައްޔާއި، މުޤާބިލުގައި ދެވޭ ނުވަތަ ބަދަލުކުރެވޭ އެއްޗަކީ އަގު ކުރެވޭ އެއްޗަކަށް ވުން ލާޒިމުވާނެ ކަމުގައި ފާހަގަކުރެއެވެ. Daiman Development Sdn Bhd v Mathew Lui Chin Tek [1981] 1 MLJ 56
38މ މޭރުމުން ބަލާއިރު، މުޢާމަލާތަކާ ގުޅިގެން ކޮންޓްރްކްޓެއ އޮތްކަން ނުވަތް ނޫންކަނިސާފުކޮށ އެނގެން ނެތްނަމަ، މުޢާމަލާތުގެ މައިގަނޑު ކަންކަމަށް ދެ ފަރާތުން އެއްބަސްވެ، އެއް ވިސްނުމެއްގައ މުޢާމަލާތު ފުރިހަމަ ކުރުމަށްޓަކައި މަސައްކަތް ކޮށްފައިވާކަމުގެ މައްޗަށް ހެކި ހުރެއްޖެނަމަ، ދ ފަރާތުގެ ދެމެދުގައި އެއްބަސްވުމެއް އޮތް ކަމުގައި ބެލެވޭނެއެވެ.
39ކީންޓެރްކެޓެއްވެފައިވޭތޯ ބެލުމުގައި، ބޭނުންކުރެވިގެންދަނީ މައުޟޫ ޢްޓެސްޓެވެ. އެއީ ބޭރުފުށުން ކަންކނަ ކަށަވަރުކުރުމަށް ބޭނުންކުރާ ޓެސްޓެކެވެ. މީގެ މާނައަކީ، ގޮތެއް ކަނޑައެޅުމަށްޓަކައި ކޯޓުނ ބަލާނީ ޚަޞްމުން ކަންކަން ކޮށްފައިވާ ގޮތަށާއި، ލިޔެފައިވާ ލިޔުމަށެވެ. އަދި އެއިން ދޭހަކުރެވޭ ދޭހަކުރުންތަކަށެވެ. މި ޓެސްޓު ބޭނުންކުރި މުގެ ބޭނުމަކީ، އެ ޙާލަތުގައި ދެ ފަރާތުން ކަންކަން ކޮށްފައިވާ ގޮތަށާއި ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު، ސަބަބުވެރި މީހެއްގެ ނަޒަރުގައި އެ ޙާލަތުގައި ދަ ފަރާތުގެ ދެމެދުގައި ކޮންޓްރެކްޓެއިއުފެދިފއ އޮތްކަމަށް ޤަބޫލުކުރެވޭތޯ ނުވަތަ ނޫންތޯ ބެލުމެވެ.
40HN5ހުށަހެޅުމެއް ހުށަހަޅާހިނދު، އެ ހުށަހެޅުން ޤަބޫލުކުރަންވާނީ، އެއްވެސް ޝައްކެއްނެތި، އަދި ޝަރުޠެއްނެތި، އެ ޤަބޫލުކުރުން އޮޅުން ފިލާގޮތަށެވެ. މިއް ޞައްޙަ ހުށަހެޅުމަކާއި، ޤަބޫލެއް ބިނާކުރުމުގެ މައިގަނޑު އަސާސެވެ. އެ ޤަބޫލުކުރާކުރުމުގައި، އެއްވެސް ޝަރުޠެއް ނުވަތަ ޝައްކެއް އޮވެގެނެއެނ ވާނެއެވެ. މިއީ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 8 ވަނަ މާއްދާގެ )ށ( ގައި ބަޔާންކުރާ ހަމައެވެ. އެއް ޤަބޫލުކުރާ ކުރުމުގައި އިތުރު ގޮތެއް ނުވަތަ ޝަރުޠެއް އޮވެގެންނުވާނެކަމެވެ.
41ހުށަހަޅާ ހުށަހެޅުމެއްގެ މައްޗަށް އައު ޝަރުޠެއް ތަޢާރަފުކުރުމުގެ ނަތީޖާއަކީ އެ ހުށަހެޅުން ޤަބޫލުކުރމެއްނޫނެވެ. އެއާ ޚިލާފަށް އެ ވެގެންދާނީ ހުށަހެޅުމުގެ މައްޗަށް counter offer އެއް ތަޢާރަފުކުރުމެވެ. ހުށަހެޅުމުގެ މައްޗަށ ރައްދާހުށަހެޅުމެއް ތަޢާރަފުކުރުމުގެ ނަތީޖއަކީ، އަސްލު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ 2020/SC-F/02 )މުޙައްމަދު އަނީސް ވ. މުޙައްމަދު ޝަވީދު( ޤަޟިއްޔާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ 2021/SC-A/39 )އިބްރާހީމް ރަޝީދު އަދި އިތުރު 2 ފަރާތެއް ވ. ޢަބްދު ﷲ ޢަޒީޒު( ޤަޟިއްޔ ހުށަހެޅުން މުގުރާލުމެވެ. ނުވަތަ އެ ހުށަހެޅުން ޤަބޫލުނުކުރުމެވެ. މި ޙާލަތުގައި ބެލެވޭނީ އަލަތު ހުށަހެޅުމަށް ނިމުމެއް އައިކަމުގައެވެ.
42މިކަން ޤާއިމުކުރެވިފައިވަނީ އިނގިރޭސިވިލާތުގެ Wrench v Hyde ޤަޟިއްޔާގައެވެ. މި ޤަޟިއްޔާއިން ކަނޑައެޅުނު "މިރަރ އިމޭޖް ރޫލް" ގައިވަނީ ހުށަހެޅުމެއްގެ މައްޗަށް ހުށަހެޅޭ އިތުރު ހުށަހެޅުމުގެ ސަބަބުން އަސްލު ހުށަހެޅުން ބާޠިލުވާނެކަމށާއި،އަސްލު ހުށަހެޅުމަކީ އިތުރަށް ޤަބޫލުކުރުމަށް ހުޅުވާލެވިފައިވާ ހުށަހެޅުމެއްނޫންކަމުގައެވެ. މި ޤަޟިއްޔާގައ ކަނޑައެޅިފައިވާ އުޞޫލަކީ އޭގެ ފަހުން ނިންމާފައިވާ ގިނަ ނިންމުންތަކުގައިވެސް ގަރާރުވެފައިވާ އުޞޫލެކެވެ. މި 20 19 18 ކޮމަން ލޯ އުޞޫލުވަނީ އިންޑިޔާ، މެލޭޝިޔާ އަދި ސިންގަޕޫރުފަދަ ޤައުމުތިކުގަ ކޮންޓްރެކްޓާބެހޭ ޤާނޫނާއި ކޯޓުތަކުން ނިންމާފައިވާ ނިންމުންތަކުގައި ޤާއިމުވެފައެވެ.
43މިއީ ކޮންޓްރެކްޓާބެހޭ ޤާނޫނުގެއަލީގައި، ދިވެހިރާއްޖޭގައިވެސް ޤާއިމުވެފައިވާ އުޞޫލެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރ 2019/SC-A/81 ޓްރެޝަރ ބިޒް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް ވ. ދިވެހި ދައުލަތް ޤަޟިއްޔާގައިވަނީ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 8 ވަނަ މާއްދާގެ )ށ( ގައަ ބަޔާންވެގެންވާ ގޮތުން ހުށަހެޅުމެއް ޤަބޫލުކުރުމުގައި ޝަރުޠެއް އޮވެގެންނުވާނެކަމށާއި، ޝަރުޠެއް އޮވެއްޖެނަމަ، އެ ހުށަހެޅުން ޤަބޫލުކުރީކަމުގައި J Beatson, A Burrows and J Cartwright, Anson’s Law of Contract (29th edition, 2010), Oxford University Press [1840] 49 ER 132 Acceptance must correspond exactly to the terms of the offer Arcadis Consulting v AMEC (UK) Ltd [2018] EWCA Civ 2011 and Pickfords Ltd v Celestica Ltd [2003] EWCA Civ 1741 އިންޑިޔާގެ ކޮންޓްރެކްޓާބެހޭ ޤާނޫނު 1872 ގެ 7 ވަނަ މާއްދާގެ )ހ( އަދި )ށ(. އިންޑިޔާގެ ސުޕްރީމް ކޯޓުން ނިންމާފައިވާ 1972 SC 1242 Haridwar Singh & Ors v Bagun Sumbrui & Ors AIR މި ޤަޟިއްޔާގައި Hyde v Wrench އާ ޙަވާލާދީފައިވެއެވެ. މެލޭޝިޔާގެ ކޮންޓްރެކްޓާބެހޭ ޤާނޫނު 1950ގެ 7 ވަނަ މާއްދާގެ )ހ(. މި އުޞޫލު ޤާއިމުކުރެވިފައިވާ ޤަޟިއްޔާތަކުގެ ތެރޭގައި 1 MLJ 763 [1997] Malayan Flour Mills Bhd v Saw Eng Chee ހިމެނެއެވެ. Overseas Union Insurance v Turegum Insurance Co [2001] 2 SLR(R) 285 (SGHC), ނުބެލެވޭނެކަމުގައެވެ. ހުށަހެޅުން ޤަބޫލުކުރަންޖެހޭނ ހުށަހެޅީ ފަރާތުން ހުށަހެޅި ގޮތަށް އެއްވެސް އުނިއިތުރު ކުރުމެއްނެތިކަމށާއި،ވަކި ޝަރުޠުތަކާއެކު ހުށަހެޅުން ޤަބޫލުކުރކުރުމަކާރައްދު ހުށަހެޅުމެއްކަމުގައެވެ. މި ޙާލަތުގައި ޤަބޫލުކުރުން ފުރިހަމަވާނީ އަސްލު ހުށހެޅިފަރާތުން އެ ޝަރުޠު ފުރިހަމަކުރުމުންކަމަށާއި، ހުށަހެޅިފަރާތުން އެ ޝަރުޠު ފުރިހަމަނުކުރާނަމަ ޤަބޫލުކުރުން ފުރިހަމަނުވާނެކަމުގައެވެ. ނަތީޖާއަކީ އެއްބަސްވުމެއް ވުޖޫދުނުވުންކަމުގައ އ ޤަޟިއްޔާގައި ކަނޑައަޅާފައިވެއެވެ.
44އިސްވެ ބަޔާންކޮށްފައިވާ ކަންކަން މި މައްސަލައިގެޙަޤީޤަތްތަކަށް ތަޠުބީޤުކުރާއިރު، ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 4 ވަނަ މާއްދާގައި ޤާނޫނުގައި އެހެން ގޮތަކަށް ކަނޑަނާޅާނަމަ، ކޮންޓްރެކްޓަކީ ވަކި ގޮތަކަށ އޮތުން ލާޒިމް އެއްޗެއްނޫންކަން ބަޔާންކުރިނަމަވެސް، ކޮންޓްރެކްޓެއް ޞައްޙަވާނީ، ކޮންޓްރެކްޓެއް ޞައްޙަވުމުގެ ރުކުންތައް ފުރިހަމަވުމުންނެވެ. މި ޙާލަތުގައި ބަލަންޖެހޭނީ ކޮންޓްރެކްޓެއް ޞައްޙަވުމުގެ ފުރަތަމަމަރޭޙުލާގައ ހިމެނި ހުށަހެޅުމާއި، ޤަބޫލުގެ އުންސުރު، އޭގައި އިތުރު ޝަރުޠެއް ނުވަތަ އިތުރު ގޮތެއްނެތި، ފުރިހަމަވޭތޯއެވެ.
45މައުޟޫއީ ޓެސްޓުގެ އަލީގައި، މި މައްސަލައިގައި ކޯސްޓަލް ވެންޗަރސްއާއި ޔޫމެޓް ކޮންސްޓްރަކްޝަންއާ ދެމެދު އެއްބަސްވުމެއްވެފައިވޭތްބަލާއިރު، މި މައްސަލައިގައި ދެ ފަރާތް ދެމެދު ބަދަލުކުރެވިފައިވާ އީމެއިލްތަކުން ކޯސްޓަލް ވެންޗަރސްއިނ ޔޫމެޓް ކޮންސްޓްރަކްޝަންއަށ ދައްކަންޖެހޭ ފައިސާއާ ގުޅޭ ގޮތުން ޑިސްކައުންޓެއް ދިނުމަށް ދެ ފަރާތް ދެމެދު ވާހަކިދެކެވުނުކަން އެނގެއެވެ. އެހެނަސް، ދެ ފަރާތް ދެމެދު ބަދަލުކުރެވިފައިވާ އީމެއިލްތަކަށް ބެލުމުން، މ ޑިސްކައުންޓަކީ އިންވޮއިސްގެ %50 )ފަންސާސް އިންސައްތަ( ގ ޑިސްކައުންޓެއް ކަމްގައި ކޯސްޓަލް ވެންޗަރސްގެ ފަރާތުން ދެކުނުނަމަވެސް، މި އަދަދަށް ޔޫމެޓް ކޮންސްޓްރަކްޝަންގެ ފަރާތުނ އެއްބަސްވާކަން ދަލާލާތުކޮށްދޭ ލިޔުމެއްނެތެވެ. އޭގެ ބަދަލުގައި ދެ ފަރާތުގެ ބައްދަލުވުމާއި ޙަވާލާދީ ޔޫމެޓް ކޮންސްޓްރަކްޝަންގެ ފަރާތުން ބުނަމުންދިޔައީ “substantial discount” އެއް ދިނުމަށް ހުށަހެޅުނުކަމުގައެވެ.
46ދެ ފަރާތް ދެމެދު ބަދަލުކުރެވިފައިވާއީމެއިލްތަކަށް ބެލުމުން،ޑިސްކައުންޓް ދެވިފައިވާ އިންވޮއިސް ޔޫމެޓުކޮންސްޓްރަކްޝަންގެ ފަރާތުން ފޮނުވުމަށް ތަކުރާރުކޮށް ކޯސްޓަލް ވެންޗަރސްގެ ފަރާތުނ އެދުންނަމަވެސް، ޔޫމެޓް ކޮންސްޓްރަކްޝަންގެ ފަރާތުން ތަކުރާރުކޮށް ބުނަމުންދިޔައީ ޑިސްކައުންޓެއް ދިނުމުގެ ޝަރުޠަކީ ކޯސްޓަލް ވެންޗަރސްގެ ފަރާތުން ޕޯސްޓް ޑޭޓެޑް ޗެކުތަކެއް އިޝޫކުރުންކަމުގައެވެ.
47ދެ ފަރާތެ ދެމެދް ހިނގާފައިވާ މުޢާމަލާތުތަކަށް ބަލާއިރު، ދެ ފަރާތުގެ ވިސްނުން އެއްގޮތްވެ ގަރާރުވެފައިވާކަމަށ ބެލެވެން ނެތްއިރު، އެކަމުގައި ވިސްނުން އެއްގޮތްވެފައިވާކަން ދެ ފަރާތުގެ ޢް މަލުން އެނގި ސާބިތުވާކަމުގައި ނުދެކެމެވެ. ދެ ފަރާތް ދެމެދު ބަދަލުކުރެވުނު މުޢާމަލާތުން ފެންނަން އޮތީ، ޔޫމެޓް ކޮންސްޓްރަކްޝަންގެ ފަރާތުން ޝަރުޠެއް ހުށަހަޅާފައިވާކަމެވެ. އަދި ދެ ފަރާތް ދެމެދު އެއްބަސްވުމެއް ވުމުގެ ގަސްދު އުފަންވަނީ މި ޝަރުޠު ފުރިހަމަކުރުމާއެކުގައިކަން އެނގެއެވެ. ދ ފަރާތުން ބަދަލުކޮށްފައިވާ އީމެއިލްތަކަށް ބަލާއިރް، މުޢާމަލާތުގެ މައިގަނޑަށް ދެ ފަރާތުން އެއްބަސްވެ، އެއް ވިސްނުމެއްގައި ދެ ފަރާތުން މުޢާމަލާތް ފުރިހަމަކުރުމަށް މަސައްކަތްކޮށްފައިވާ ތަން ފެންނާކަށް ނެތެވެ. މިފަދައިން މި ބަޔާންކުރަނީ، ދެ ފަރާތް ދެމެދު ދެކެވުނު ވާހަކަތަކުގެ ތެރޭގައްޕޯސްޓ ޑޭޓެޑް ޗެކެއް ދިނުމަށް އެއްބަސްވެފައިނުވާކަމަށ ކޯސްޓަލް ވެންޗަރސްއިންޔޫމެޓް ކޮންސްޓްރަކްޝަންއަށ 12 މާރިޗް 2019 ގައި ފޮނުވި އީމެއިލްގައި ބުނެފައިވާތީއެވެ.
48HN6ކޮންޓްރެކްޓެއް އުފަންކުރުމުގެ ބޭނުމުގައި ހުށަހަޅާ ހުށަހެޅުމަކީ ދާއިމަށް ދެމިގެންދާނެ ހުށަހެޅުމެއް ނޫނެވެ. ހުށަހެޅުމެއްގައި އެ ހުށަހެޅުން ޤަބޫލުކުރުމަށް ވަކި މުއްދަތެއް ކަނޑައަޅާފައިވާނަމަ، އެ މުއްދަތުގައި އެ ހުށަހެޅުން ޤަބޫލުނުކޮށް މުއްދަތު ފާއިތުވެއްޖެނަމ (lapse of time) އެ ހުށަހެޅުން ބާޠިލުވާނެއެވެ. ހުށަހެޅުމުގައި ވަކި މުއްދަތެއް ބަޔާންކޮށްފައިނުވާނަމަ، އެކަށީގެންވާ މުއްދަތެއްގެ ފަހުން އެ ހުށަހެޅުން ބާޠިލުވާނެއެވެ. އެކަށީގެންވާ މުއްދަތަކީ ކޮބައިން ބެލުމުގައި އެ ހުށަހެޅުމުގެ މައުޟ ޢނ އެކަން ދެނެގަނެވޭނެއެވެ.
49މި މައްސަލައިގައިޔޫމެޓް ކޮންސުޓްރަކްޝަންގެ ފަރާތުން ހުށަހަޅާފައިވާ ރައްދު ހުށަހެޅމާއ ގުޅި ގޮތުން ވަކި ގޮތެއް ނިންމުމަށް ސުންގަޑިއެއް ހުށަހަޅައި، އެ ސުންގަޑި ފާއިތުވިއިރު time) of (lapse ކޯސްޓަލް ވެންޗަރސްގެ ފަރާތުން އެއަށް ރައްދެއްދީފައިނުވާތީ،ވަގުތީ ފާއިތުވުމާއިއެކު އެ ހުށަހެޅުން ޤަބޫލުކުރުމަށް އޮތ ފުރުޞަތާ ނެތުނީކަމުގައި ބަލަންޖެހެއެވެ. މީގެ ޤާނޫނީ ތަބްރީރަކީ، ކަނޑައެޅޭ ވަކި މުއްދަތެއް ހަމަވުމުގެ ކުރިން ޤަބޫލުކުރަންވާނެކަމުގައ ހުށަހަޅި ފަރާތުނ ބުނެފައިވް ހުށަހެޅުމެއް ޤަބޫލުނުކޮށްއެއްވ މުއްދަތާ ހަމަވުމުން، އެ ހުށަހެޅުމެއް ޤަބޫލުކުރާނެ ފުރުޞަތު ނެތުނީކަމުގައި ކޮންޓެރެކްޓާބެހޭ ޤާނޫނުގެ 10 ވަނަ މާއްދާގެ )1( ވަނަ ނަންބަރުގައި ބަޔާންކުރާތީއެވެ.
50ސުންގަޑި ހަމަވުމަށްފަހުވެސް، ޔޫމެޓް ކޮންސްޓްރެކްޝަންގެ ފަރާތުން ކޯސްޓަލް ވެންޗަރސްއަށް ފޮނުވާފައިވާ އީމެއިލްގައި ތަކުރާރުކޮށްފައިވަނީ ކޯސްޓަލް ވެންޗަރސްއިނ ޕޯސްޓް ޑޭޓެޑް ޗެކެއް ހުށަހެޅުމުގެ ޝަރުޠެވެ. މިއަށް ރައްދުދީ، ކޯސްޓަލް ވެންޗަރސްގެ ފަރާތުން ފޮނުވި އ މެއިލްއަކަށ ޔޫމެޓް ކޮންސްޓްރަކްޝަންގެ ފަރާތުން ލިޔުމުން ޖަވާބެއްނުދެއެވެ. އަދި އޭގެ ފަހުން ދެ ފަރާތް ދެމެދު މުޢާމަލާތްކުރެވުނުތޯ ކުރެވުނު ސުވާލުގެ ޖަވާބުގައި އެ އީމެއިލްގެ ފަހުން މުޢާމަލާތްކޮށްފައިނުވާކަމުގައި ބުނެފައިވެއެވެ. 21 th Paul Richards, Law of Contract (13 edn, Pearson 2017) ޔޫމެޓް ކޮންސްޓްރަކްޝަންގެ ފަރާތުން 10 މާރިޗް 2019ގެ 11:44 ގައި ފޮނުވާފައިވާ އީމެއިލްގައި އެ ފަރާތުން ހުށަހެޅި ހުށަހެޅމާއު ގުޅޭ ގޮތުން ނިންމާ ގޮތެއް 10 މާރިޗް 2019 ގެ 16:00 ގެ ކުރިން އެންގުމަށް އެ އީމެއިލްގައި ބަޔާންކޮށްފައިވެއެވެ. މި ޤަޟިއްޔާއާ ގުޅިގެން 29 ޖޫން 2025 ގައި ދިވެހިރާއްޖޭގެ ހައިކޯޓުގައި ބޭއްވުނު ޝަރީޢަތުގެ މަޖިލީހުގައި މިފަދައިން ބުނެފައިވެއެވެ.
51މި އީމެއިލްތަކުގ ނަތީޖާއެއްގެ ގޮތުނެ ޑިސްކައުންޓް ހިމެނޭއިންވޮއިސްއެއ ޔޫމެޓް ކޮންސްޓްރަކްޝަންގެ ފަރާތުން ކޯސްޓަލް ވެންޗަރސްއަށް ފޮނުވިތޯ ކުރެވުނު ސުވާލުގެ ޖަވާބުގައި ބުނެފައިވަނީ ޑިސްކައުންޓް ހިމެނޭ އިންވޮއިސެއް ފޮނުވާފައިނުވާކަމުގައެވެ. އަދި ހަމަ އެފަދައިން، ކޯސްޓަލް ވެންޗަރސްގެ ފަރާތުން ޕޯސްޓް ޑޭޓެޑް ޗެކު އްޝޫކޮށްފައިނުވާކަން އަޑުއެހުމުން ހާމަވެގެނ ދިޔައެވެ.މި އީމެއިލްތައް ބަދަލުކުރެވުނުއިރު، ނުވަތަ އޭގެ ފަހުންވެސް ދެ ފަރާތުން ބައްދަލުވެ މިކަމުގައި މަޝްވަރާކުރިކަން އެނގޭނެ ހެއްކެއްއަދ ގަރީނާއެއީނެތެވެ. މިކަން އިތުރަށް ކަށަވަރުވެގެންދަނ 10 މާރިޗް 2019 އިއާ 12 މާރޗި 2019 އާ ދެމެދު ދެ ފަރާތުން ވާހަކަ ދައްކާފައިވާކަން އެނގޭނެ ގޮތެއް އޮތްތޯ ކޯސްޓަލް ވެންޗަރސްއާ ސުވާލުކުރުމުން، އެކަން އެނގޭނެ ހެއްކެއް ނެތްކަމަށް ބުނެފައިވާތީއެވެ.
52HN7ޔޫމެޓް ކޮންސްޓްރަކްޝަންއަށް ދައްކަންޖެހޭ ފައިސާ އަދާކުރުމުގެ ގޮތުން، 02 )ދޭއް( ޕޭމަންޓް ރިސީޓެއް ތައްޔާރުކުރެވި، ޕޭމަންޓް ފޮނުވައި، މި ޕޭމަންޓް ލިބިފައިވާކަމަށް ޔޫމެޓް ކޮންސްޓްރަކްޝަންގެ ފަރާތުން ސޮއިކޮށްފައިވާތީ، އެ ފަރާތަށް ދައްކަންޖެހޭ އެންމެހާ ފައިސާ ދާއްކައ ޚަލާޞްކުރެވިފައިވާކަނ މިކަމުން ދަލާލާތުކޮށްދޭ ކަމުގައި ކޯސްޓަލް ވެންޗަރސްގެ ފަރާތުން ބުނީ ބުނުމަށް ބަލާއިރު، އިސްވެ ބަޔާންކޮށްފައިވާ އެންމެހާޙަޤީޤަތްތައް އެއްފަރާތްކޮށް،ޔޫމެޓް ކޮންސްޓްރަކްޝަނަށް ލިބެންޖެހޭ ފައިސާގުޕޭމަންޓުވައްޗަރތަކެއްކޯސްޓަލް ވެންޗަރސްއިން ބޭނުންވާ އިބާރާތެއް އޭގައި ހިމަނައި ޔޫމެޓް ކޮންސްޓްރަކްޝަނަށ ފޮނުވައި، އެ ފައިސާޔޫމެޓް ކޮންސްޓްރަކްޝަންއިނ ޤަބޫލުކޮށްފައިވާކަމުގެ މައްޗަށް އެކަނި ބަލައި، ދެ ފަރާތް ދެމެދު ޑިސްކައުންޓްދިނުމުގެ އެއްބަސްވުމެއް ޢަމަލުން ވެފައިވާކަމަށް ބެލިދާނެކަމަކަށް ނުދެކެމެވެ. މި ޤަޟިއްޔާއާ ގުޅިގެން 29 ޖޫން 2025 ގައް ދިވެހިރާއްޖޭގެ ހައިކޯޓުގައި ބޭއްވުނު ޝަރީޢަތުގެ މަޖިލީހުގައި ކޯސްޓަލް ވެންޗަރސްގެ ފަރާތުނ މިފަދައިން ބުނެފައިވެއެވެ.
53އެހެނީ، ކޯސްޓަލް ވެންޗަރސްގ ހުށަހެޅުމުގެ މައްޗަށް، ޔޫމެޓް ކޮންސްޓްރަކްޝަންގެ ފަރާތުނ ޝަރުޠެއްކޮށް، ރައްދު ހުށަހެޅުމުގެ ޒަރިއްޔާއިނެކޯސްޓަލް ވެނޗަރސްގެއަލަތ ހުށަހެޅުނު ނަފީވެ، ޔޫމެޓް ކޮންސްޓްރަކްޝަންގ ހުށަހެޅުމާއި ގުޅިގެން ގޮތެއް ނިންމުމަށް ސުންގަޑިދީ، އެ ސުންގަޑި ހަމަވިއިރުވެސް، އެއަށް ކޯސްޓަލް ވެންޗަރސްގެ ފަރާތުނ އިޖާބަ ދީފައިނުވާތީއެވެ.
54ވީމާ،މި އެންމެހާ ކަންކަމަށް ނަޒަރުކޮށް، ސިވިލް ކޯޓުން މި މައްސަލަ ނިންމުމުގައި ހުށަހަޅާފައިވާ ހެކިތަކަށ ރިޢާޔަތްކޮށްފައިވާކަމަށް ދެކޭހިނދު، ސިވިލް ކޯޓުން މި މައްސަލަ ނިންމާފައިވަނީ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 4 ވަނަ މާއްދާއާއި ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ )ށ( އ ޚިލާފަށްކަމުގައި ބެލެވޭނެ ޤާނޫނީ އަސާސެއް އޮތްކަމަކަށް ނުދެކެމެވެ.
މައްސަލަ ނިންމަން ފެންނަގޮތް
55އިސްވެ ބަޔާންކޮށްފައިވާ ކަންކަމަށް ބިނާކޮށް، ސިވިލް ކޯޓުގެ ނަންބަރު 88/Cv-C/2021 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް އެދި ކޯސްޓަލް ވެންޗަރސ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ރިޢާޔަތްކޮށް، އެ ޤަޟިއްޔާއިން ނިންމާފައިވާ ނިންމުން ބާޠިލުކުރާނެ ތަނެއް ނެތްކަމަށް ކަނޑައަޅަން ފެނެއެވެ.
ފަނޑިޔާރު ފާޠިމަތު ފަރްހީޒާގެ ރައުޔާ
56ފަނޑިޔާރު ޙުޒައިފާ މުޙައްމަދުގެ ރައުޔަށް އަހުރެނ ތާއީދު ކުރަމެވެ.
ފަނޑިޔާރު ދީބާނާޒް ފަހުމީގެ ރައުޔީ
57ފަނޑިޔާރު ޙުޒައިފާ މުޙައްމަދުގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.
އިސްތިއުނާފުކުރުމުގެ އިޖުރާއަތު ބަޔާންކޮށްދިނުން
58މި ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި ޙުކުމްކުރުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ އިސްތިއުނާފުކުރުމުގެ ޙައްޤު މައްސަލައިގެ ޚަސްމުންނަށް ލިބިގެންވެއެވެ. އާންމު އުޞޫލެއްގެ ގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް މައްސަލަ އިސްތިއުނާފުކުރުމަށް ހުށަހެޅޭނީ ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމުން ނިންމާތާ 30 )ތިރީސް( ދުވަހުގެ ތެރޭގައެވެ. މި މުއްދަތުގެ ތެރޭގައި ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ޙަވާލުކޮށްފައިނުވާނަމަ، އިސްތިއުނާފުކުރުމުގެ މުއްދަތު ގުނަން ފަށާނީ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ޙަވާލުކުރާތރީޚުނާ ފެށިގެންނެވެ. އެހެނަސް، ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ ޚުލާޞާއަށް ބިނާކޮށްވެސް އިސްތިއުނާފަށް ހުށަހެޅިދާނެއެވެ. ކޯޓުން މައްސަލައިގެ ޙުކުމްކުރުމަށްފަހު، އެ ޙުކުމް އިސްތިއުނާފުކުރުމުގެ ޙައްޤު ލިބިގެންވާކަމާއި، އިސްތިއުނާފުކުރެވޭނެ ކޯޓާއި، އިސްތިއުނާފުކުރަންޖެހޭ ވަގުތު ޚަޞްމުންނަށް ސާފުކޮށްދޭންވާނެކަމާއި، އަދި މިކަން ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގައި ބަޔާންކޮށްފެ އ އޮންނަންވާނެކަމުގައި މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 268 ވަނަ މާއްދާގައި ބަޔާންކުރެއެވެ. މިކަމުގައި ދެވޭ އިސްތިސްނާ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 284 ވަނަ މާއްދާގެ )ރ( ގައި ބަޔާންކުރެއެވެ. މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 284 ވަނަ މާއްދާގެ )ހ( މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 284 ވަނަ މާއްދާގެ )ށ( މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 284 ވަނަ މާއްދާގެ )ނ(
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 2، 3، 4، 5، 6، 7، 8، 9 އަދި 10 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 13/2010 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ށ)
- ސުޕްރީމް ކޯޓުގެ 2009/SC-A/30 (ޙަސަން ޙަލީމް ވ. ހަރންގް ތްޔޭ ހެންގް ޕްރައިވެޓް ލިމިޓެޑް)
- ސުޕްރީމް ކޯޓުގެ 2021/SC-A/77 (އޯޝަން ހަރވެސްޓް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑް ވ. އާދަމް ޢަބްދުލްޣަފޫރު)
- ސުޕްރީމް ކޯޓުގެ 2019/SC-A/81 (ޓްރެޝަރ ބިޒް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް ވ. ދިވެހި ދައުލަތް)
- ސުޕްރީމް ކޯޓުގެ 2021/SC-A/39 (އިބްރާހީމް ރަޝީދު އަދި އިތުރު 2 ފަރާތެއް ވ. ޢަބްދުﷲ ޢަޒީޒު)
- ސުޕްރީމް ކޯޓުގެ 2014/SC-A/16 (ޙަސަން ޢަލީ މަނިކު ވ. ޙާމިދު އިސްމާޢީލް)
- ސުޕްރީމް ކޯޓުގެ 2017/SC-A/01 (އެލައިޑް އިންޝުއަރެންސް ކޮމްޕެނީ އޮފް ދަ މޯލްޑިވްސް ވ. ޔޮޓް ޓުއަރސް މޯލްޑިވްސް)
- ސުޕްރީމް ކޯޓުގެ 2020/SC-F/02 (މުޙައްމަދު އަނީސް ވ. މުޙައްމަދު ޝަވީދު)
- Hyde v Wrench [1840] 49 ER 132 (އިނގިރޭސި)
ޝަރީޢަތުގެ ވީޑިއޯ
ހައިކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.