ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
2023/HC-A/303

މާލޭ ހައި ޕްރައިވެޓް ލިމިޓެޑް ވ. މޯލްޑިވްސް ޕޮލިސް ސަރވިސް އަދި މިނިސްޓްރީ އޮފް އެޑިއުކޭޝަން

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައިޚިލާފު ރައުޔެއް
ސުޕްރީމް ކޯޓުން އިސްތިއުނާފުގެ ހުއްދަ ނުދީ (2024/SC-L/99)ޙުކުމުގެ ހާލަތު
ހައިކޯޓު · 16 ސެޕްޓެމްބަރު 2024ދަށު ކޯޓު: ސިވިލް ކޯޓު 144-B14/CN/2023/01ބާވަތް: މަދަނީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
ސިވިލް ކޯޓު 144-B14/CN/2023/01
ފަހުގެ ތާރީޚު
ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް

ކޯ ޓާމްސް

ޚުލާޞާ

ކޯޓުން ނިންމަން ޖެހުނު ސުވާލު
ދަޢުވާއެއްގެ ތެރެއިން މުދަލުން ތަޞައްރަފުކުރުން ހުއްޓުވުމަށް 'ކޯޓު އަމުރަކަށް' އެދުމުން، ވަގުތީ އަމުރު ނެރުމުގެ ޝަރުޠުތައް (ނެކްސްބިޒް ޤަޟިއްޔާ) ތަޠުބީޤުކޮށް އަމުރު ނުނެރެން ސިވިލް ކޯޓުން ނިންމުމަކީ ރަނގަޅު ނިންމުމެއްތޯ، އަދި އަމުރާމެދު ނިންމުމުގައި މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 265 ވަނަ މާއްދާއާ ޚިލާފުވެފައިވޭތޯ.

ނިންމުން

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި

އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ނިންމުން ޤާއިމް (އަޣުލަބިއްޔަތުން)

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 މަދަނީ އިޖުރާއަތުގެ ޤާނޫނުގައިވާ ގޮތުން 'ކޯޓު އަމުރަކީ' ކޯޓު އަމުރެއް ހޯދައިގެން ކުރަންޖެހޭ ކަމެއް ކުރުމަށް ފަނޑިޔާރަކު ދޫކުރާ ހުއްދަ ނުވަތަ ފަނޑިޔާރަކު ކުރާ އަމުރެވެ؛ ކޯޓު އަމުރާއި ވަގުތީ އަމުރަކީ ވެސް ވަކިކަމެއް ކުރުމަށް ނުވަތަ ނުކުރުމަށް އަންގައި ނެރޭ އަމުރުތަކެއްކަމުން، މައްސަލަ ހުށަހެޅުމުގެ ކުރިންނާއި ފަހުން ވެސް ނެރެވިދާނެއެވެ.

HN2 ވަގުތީ އަމުރު ނެރުމަށް ނެކްސްބިޒް ޤަޟިއްޔާގައި ކަނޑައަޅާފައިވާ ޝަރުޠުތައް (1) ޤާނޫނީ ޙިމާޔަތް ލިބެންޖެހޭ މައުޟޫޢީ ޙައްޤެއް ނުވަތަ ޤާނޫނީ މަރުކަޒެއް އޮތުމުގެ އިޙްތިމާލު ފާޅުކަން ބޮޑުގޮތެއްގައި ޤާއިމުވުން، (2) އަމުރު ނުނެރެ މައުޟޫޢީ ދަޢުވާ ލަސްވެއްޖެނަމަ ކުރިމަތިވެދާނެ ނުރައްކަލެއް އޮތުން، އަދި (3) އަމުރަށް އެދޭ ފަރާތަށް ޤާނޫނީ ޞިފަތު ލިބިފައިވުން، މިއީ ކޯޓު އަމުރު ނެރުމުގައިވެސް ރިޢާޔަތްކުރަންޖެހޭ ޝަރުޠުތަކެވެ.

HN3 މުދަލުން ތަޞައްރަފުކުރުން ހުއްޓުވުމުގެ އަމުރަކީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 22 ވަނަ ބާބުގެ ދަށުން ވަގުތީ އަމުރުގެ ގޮތުގައި ނެރެވިދާނެ އަމުރުގެ ބާވަތެއް ކަމުން، ނެކްސްބިޒް ޝަރުޠުތައް ބެލުމެއްނެތި އެފަދަ އަމުރެއް ނެރެވިދާނެ ހަމައެއް ނެތެވެ.

މަދަނީ › ކޯޓު އަމުރު

HN4 މައުޟޫޢީ ޙައްޤެއްގެ އިޙްތިމާލު ފާޅުކަން ބޮޑުގޮތެއްގައި ޤާއިމުވާނީ މައުޟޫޢީ ދަޢުވާގައި ގޮތެއް ކަނޑައެޅިގެންކަމަށް، ކުރީގެ ޤަޟިއްޔާއަކާއި ޚަޞްމުންގެ ދެމެދު އެއްބަސްނުވާ ގިނަ ކަންކަމަށް ބަލައި ދަށުކޯޓުން ނިންމުމަކީ ވާޤިޢާތައް އޮޅުވާލައިގެން ނިންމި ނިންމުމެއް ނޫނެވެ.

HN5 އަމުރަކަށް އެދޭ ހުށަހެޅުމަކާ ގުޅިގެން ކުރާ ނިންމުމެއްގައި ބަލަންޖެހެނީ އަމުރަށް އެދުނު ސަބަބުތަކާއި މައްސަލައިގެ މައްޗަށް ރިޢާޔަތްކޮށް ނިންމުމަށް ވާޞިލުވި ސަބަބު ބަޔާންކުރެވިފައިވޭތޯއެވެ؛ މައުޟޫޢީ ދަޢުވާގެ ފަރުވާއާ ގުޅޭ ސަބަބުތަކަށް ގޮތް ކަނޑައެޅޭ ފަދައަކުން، އަމުރަށް އެދޭ ހުށަހެޅުމެއްގެ ތެރެއިން ބަހުޘްކޮށް ނިންމުންތައް ނިންމޭނެ ކަމަށް ނުދެކެއެވެ؛ އެހެންކަމުން، އެފަދަ ނުކުތާތަކަށް ވަކިވަކިން ގޮތް ނުނިންމުމަކީ 265 ވަނަ މާއްދާއާ ޚިލާފުވުމެއް ނޫނެވެ.

ވަކީލުންނާއި ފަނޑިޔާރުން

ވަކީލުން
—
ބެންޗު
މުޙައްމަދު ސަލީމް، މުޙައްމަދު ނިޔާޒް، ޙަސަން ޝަފީޢު
ރިޔާސަތު
—
ރައުޔު ލިޔުނު ފަނޑިޔާރު
މުޙައްމަދު ސަލީމް · ތާއީދުކުރެއްވީ: ޙަސަން ޝަފީޢު
ޚިލާފު ރައުޔު
މުޙައްމަދު ނިޔާޒް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

ފަނޑިޔާރު މުޙައްމަދު ސަލީމުގެ ރައުޔު

ތަޢާރުފު

3ސިވިލް ކޯޓުގެ ނަންބަރު B14/CN/2023/01-144 "ކޯޓު އަމުރާއިމެދު ނިންމިގޮތް" އެ ކޯޓުން ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ ޚިލާފަށް ކަމަށްބުނެ އެ ނިންމުން، އިސްތިއުނާފު ކުރުމަށް އެދި މާލެ ހައި ޕްރައިވެޓް ލިމިޓެޑު ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބަލާފައިވާ ޤަޟިއްޔާގެ ނިޔާ އެވެ.

0. މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ، މޯލްޑިވްސް ޕޮލިސް ސަރވިސް (ދައުލަތް) އަދި މިނިސްޓްރީ އޮފް އެޑިޔު ކޭޝަން (ދައުލަތް) (މީގެ ފަހުން "ދައުލަތް" ނުވަތަ "އިސްތިއުނާފ ރައްދުވު ފަރާތް" ކަމަށް ބަޔާންކުރާ ފަރާތް) އެވެ. މައްސަލައިގައި ކަން ހިނގާފައިވާ ގޮތް:

3. މާލެ ހައި ޕްރައިވެޓް ލިމިޓެޑު ން މަންދު ކޮލެޖާ ހިންގަމުން ގެންދިޔަ، ކުރީގެ އެމް.އީ.އެސް ހިންގި ޢިމާރާތާއި، އެތަނުގައި ހުރި އެ ކުންފުނީގެ އުފުލޭ އަދި ނުއުފުލޭ އެންމެހައި މުދާ، އެކުންފުނީގެ ރުހުމެއް ނެތި، އަދި ޝަރީޢަތުގެ އަމުރެއް ވެސް ނެތި މޯލްޑިވްސް ޕޮލިސް ސަރވިސްއިން ގަދަކަމުން އަތުލައި، ނުދީ ހިފަހައްޓައިފައިވާތީ، އެ ޢިމާރާތާއި މުދާ އަނބުރާ ހޯދުމަށާއި އަދި އެކަމުގައި ޝާމިލުވި މީހުންނާމެދު ތަޙުޤީޤު ހިންގައިދިނުމަށ މޯލްޑިވްސް ޕޮލިސް ސަރވިސް އިން އިންކާރުކުރަމުންދާތީ އެ ތަޙުޤީޤު ހިންގުމަށް އަންގައިދިނުމަށް އެދި މޯލްޑިވްސް ޕޮލިސް ސަރވިސްގެ މައްޗަށް ދަޢުވާ ރައްދުވާ ގޮތަށް ޤާނޫނުއަސާސީގެ 12 ވަނަ މާއްދާގެ ދަށުން، މާލެ ހައި ޕްރައިވެޓް ލިމިޓެޑގު ފަރާތުން ދަޢުވާއެއް ސިވިލް ކޯޓަށް ހުށަހެޅިއެވެ. އެ މައްސަލަ ސިވިލް ކޯޓުގައި ރަޖިސްޓަރީކުރެވިފައިވަނީ އެ ކޯޓު ނަންބަރު 2023-CVC-2259 ޤަޟިއްޔާއިންނެވެ. .ރަޖިސްޓަރީ ނަންބަރު 0122/2010-C ސިވިލް ކޯޓުގެ އިޙްތިލާފު އޮންނަ ބާވަތުގެ ދަޢުވާ ހުށަހަޅާ ފޯމުގެ " ދައުވާގެ ޚުލާސާ"

4އެދަޢވާގައު މާލެ ހައި ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އެދޭ ފަރުވާ ކަމަށް ސިވިލް ކޯޓަށް ހުށަހެޅި ދަޢުވާ ފޯމުގައި އެދިފައިވަނީ؛ "މިމައްސަލައާ ގުޅިގެނާ އަންނަނިވި ކަންކްނަމޯލްޑިވްސ ޕޮލިސް ސަރވިސްއަށް އަންގަވައި އަމުރުކޮށްދެވުނ އެދެމެވެ. އަދި އެއަމުރުތައް ތަންފީޛުކުރެއްވުމަށް މިނިސްޓަރ އޮފް ހޯމް އެފެއަރޒްއަށާއި ދައުލަތުގެ ކަމަ ގުޅުންހުރި އެންމެހައި އިދާރާތަކާއި މުއައްޒަފުންގެ މައްޗަށް އަމުރުކޮށްދެއްވުން އެދެމެވެ.

3.މި ކުންފުނީގެ އަތުން މޯލްޑިވްސް ޕޮލިސް ސަރވިސްއިން އެމް. އީ. އެސް ކުރީގެ ހިންގި ޢިމާރާތާއި އެތަނުގައި ހުރި ކުންފުނީގެ މުދާ އަތުލާފައިވަނީ ޤާނޫނުއަސާސީގެ 12 (ށ) އާ ޚިލާފަށް ކަމަށާއި؛

0.މޯލްޑިވްސ ޕޮލިސް ސަރވިސް އިން ހިންގި ޢަމަލުގެ ސަބަބުން ޤާނޫނު އަސާސީގެ 12 ވަނަ މާއްދާގެ (ހ) އިން މިކުންފުންޏަށް ލިބިދީފައިވާ ޙައްޤުން މި ކުންފުނި މަޙްރޫމް ވެފައިވާ ކަމަށާއި؛

1ޢާންމު ވެގެންވާ މަންފާއަކަށް ވިޔަ ސ، އެޢިމާރާތާއ އެތަނުގައި ހުރި މުދާ، މޯލްޑިވްސް ޕޮލިސް ސަރވިސް ހިމެނޭ ގޮތުން ދައުލަތުގެ އެއްވެސް އިދާރާއަކަށް ނެގޭނީ ޤާނޫނުއަސާސީގެ 12 (ށ) ގައިވާ ގޮތަށް، ޝަރީޢަތުން ކަނޑައަޅުއްވާ ޢަދުލުވެރި ބަދަލު މިކުންފުންޏަށްދީ ޚަލާޞްކޮށް، އޭގެ ފަހުގައި ކަމަށާއި؛

1.އެމް . އީ. އެސް ކުރީގެ ހިންގި (މަންދު ކޮލެޖާ މިހާރުވެސް ހިންގުމަށް ރަޖިސްޓަރީކޮށްފައިވާ) ޢިމާރާތާއި އެތަނުގައި ހުރި މި ކުންފުނީގެ އެންމެހައި މުދާ މި ކުންފުންޏަށް އަނބުރާ ރައްދުކުރުމަށް އަމުރުކޮށް ދެއްވުން؛

1.މިކުންފުނީގެ ބެލުމުގެ ދަށުގައި ހުރި ޢިމާރާތްތަކަށް ވަދެ އެތަނުން މި ކުންފުނި ނެރެ، އެތަނުގައި ހުރި މިކުންފުނީގެ މުދާ ފޭރުމުގައި ޝާމިލްވީ ފުލުހުންނާއި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ މުއައްޒަފުން ކުޅަ ޖިނާއި ކުށުގެ މައްސަލަ ތަޙްޤީޤުކޮށް ދަޢުވާ ކުރުމަށް ފޮނުވުމަށް މޯލްޑިވްސް ޕޮލިސް ސަރވިސަސްގެ މައްޗަށް އަމުރުކޮށްދެއްވުން." މިފަދައިންނެވެ.

5ބުނެވިދިޔަ ޤަޟިއްޔާގެ ތެރެއިން ކޯޓު އަމުރެއް ނެރެދިނުމަށް އެދި މާލެ ހައި ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ސިވިލް ކޯޓުގައި އެދުނެވެ. 31 ޖުލައި 0201 ތާރީޚުގައިވާ ސިވިލް ކޯޓުގެ "ކޯޓު އަމުރަށް އެދޭ ފޯމު"

6މުދަލުން ތަޞައްރަފްކުރުން ހުއްޓުވުމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އާއި މިނިސްޓްރީ އޮފް އެޑިޔުކޭޝަނގު މައްޗަށް އަމުރުކޮށްދިނުމަށް އެދި ސިވިލް ކޯޓުގެ ފޯމު ނަންބަރު 13 (ކޯޓުއަމުރަށ އެދް ފޯމު) ން ހުށަހެޅި އެފޯމުގައި ކޯޓު އަމުރު އޮންނަންވީ ގޮތަ ކަމުގައް އެފޯމުގެ 21 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވަނީ؛ "ދެންފަހެ، އިސްވެ ދެންނެވުނު ކަންކަން އެހެން ހުރުމާއެކު،  އެމް.އީ.އެސް ކުރީގައި ހިންގި ޢިމާރާތާއި އެ ޢިމާރާތުގައި ހުރި މާލޭ ހައި ޕްރައިވެޓް ލިމިޓެޑުގެ އުފުލޭ އަދި ނުއުފުލޭއެންމެހައި މުދަލާއި، އެޢިމާރާތް އެއްވެސް ކަމަކަށް ބޭނުން ކުރުން ހުއްޓާލުމަށާއި؛  އެ ޢިމާރާތާއި އެތަނުގައި ހުރި މިކުންފުނީގެ މުދާ ހިމެނޭ ގޮތުން ތިންވަނަ ފަރާތަކާ އެއްވެސް މުޢާމަލާތެއް ނުކުރުމަށާއި؛  އެ ޢިމާރާތާއި އެތަނުގައި ހުރި މިކުންފުނީގެ މުދާ އަނބުރާ މިކުންފުންޏަށް ޙަވާލުކުރުމަށް، ނުވަތަ އެތަކެތި މިކުންފުނީނ ބޭނުންކުރުމަށް ދަތިވެ އުނދަގޫވެ، ހުރަސްއެޅިދާނޭފަދަ އެއްވެސް ކަމެއް ނުކުރުމަށާއި؛  އެ ޢިމާރާތާއި މުދާ ދައުލަތަށް ނަގާފައިވަނީ ޢާންމުވެގެންވާ މަންފާއަކަށް ކަމަށް ޝަރީޢަތުން ކަނޑައަޅައި، އެކަމަށް ދިވެހި ދައުލަތުން މާލެ ހައި ޕްރައިވެޓް ލިމިޓެޑަށް ދޭންޖެހޭ ކަމަށް ޝަރީޢަތުން ކަނޑައަޅުއްވާ ބަދަލެއް ނުވަތަ ދެފަރާތުގެ ދެމެދުގައި އެއްބަސްވާ ބަދަލެއް މާލޭ ހައި ޕްރައިވެޓް ލިމިޓެޑަށް ދީ ޚަލާސްކުރާންދެން، އެ ޢިމާރާތާއި އެތަނުގައި ހުރި މާލޭ ހައި ޕްރައިވެޓް ލިމިޓެޑުގެ އެއްވެސް މުދަލެއް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ވިޔަސް، ނުވަތަ ދައުލަތުގެ އެހެން އިދާރާއަކުން ވިޔަސް ބޭނުންކޮށްގެން ނުވާ ނޭކަމަށާއި؛  އެ ޢިމާރާތް ބަންދުކޮށް، އެޢިމާރާތާއި، އެތަނުގައި ހުރި މާލޭ ހައި ޕްރައިވެޓް ލިމިޓެޑުގެ އުފުލޭ އަދި ނުއުފުލޭ އެންމެހައި މުދާ ކޯޓުގެ ބެލުމުގެ ދަށަށް ގެނައުމަށް ކަނޑައަޅުއްވައި؛ މިކަންކަން މި މަގުން ކުރުމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި، މޯލްޑިވްސް ޕޮލިސް ސަރވިސަސް އާއި ދައުލަތުގެ ކަމާބެހޭ އެންމެހައި އިދާރާތަކުގެ މައްޗަށް އަމުރުކޮށް، މިކަންކަން މިގޮތުގެ މަތީން ފުރިހަމަ ކުރުމަށް އެއްބާރުލުންދީ އެހީތެރިވުމަށ މޯލްޑިވްސް ޕޮލިސް ސަރވިސަސއަށް އަންގައި އަމުރުކޮށްފީމެވެ." މިފަދައިންނެވެ.

7މާލެ ހައި ޕްރައިވެޓް ލިމިޓެޑުން އެދުނު އަމުރު އެދިފައިވާ ގޮތަށް ނެރެދެވެން ނެތްކަމަށް ކަނޑައަޅައި، 23 އޮގަސްޓް 0201 ދުވަހު ސިވިލް ކޯޓުގެ ނަންބަރު B14/CN/2023/01-144 ކޯޓު އަމުރާއިމެދު ނިންމިގޮތް އެ ކޯޓުން ނިންމިއެވެ.

8އަމުރު ނެރެދެވެން ނެތްކަމަށް ކަނޑައަޅައި އެނިންމުން ބިނާކުރި މައިގަނޑު ކަންކަމުގެ ގޮތުގައި ސިވިލް ކޯޓުން ފާހަގަކޮށްފައިވަނީ؛

1.3 އަމުރާ ގުޅިފައިވާ ދަޢުވާގައި އެދިފައިވާ ފަރުވާއާއި އަމުރުން ހޯދުމަށް އެދޭ ފަރުވާގެ ނަތީޖާއަކީ އެއްނަތީޖާއެއްކަމަށް އެނގެން އޮތުން؛

1.0 މި ދަޢުވާ ކުރުމުގެ ކުރިން މި އަމުރުގެ މައުޟޫޢާ ގުޅިގެން ސުޕްރީމް ކޯޓުން ނިންމުމެއް ނިންމައި އެޤަޟިއްޔާގައި ކަނޑައަޅާފައިވާ ނިޔާގެ ދަށުން މާލެ ހައި ޕްރައިވެޓް ލިމިޓެޑަށް ޙައްޤެއް ސާބިތުވެފައިވާ ވުމަކީ އިންކާރުކުރެވެން ނެތް ހަޤީޤަތެއް ކަމަށާއި، ނަމަވެސް ސިވިލް ކޯޓުގެ ޤަޟިއްޔާއިން ޑިސްޕިއުޓް މަރުޙަލާގައި ދެފަރާތް އެއްބަސްވެގެން ނިންމުމެއް ނިންމާފައިވާ ކަމާއި އަދި މި އަމުރާ ގުޅިފައިވާ ޤަޟިއްޔާގައި ހިމެނޭ ދަޢުވާއަކީ އިޚްތިލާފެއް އޮންނަ ބާވަތުގެ ފޯމުން ހުށަހެޅި މި ކޯޓުގެ އަމުރުގެ ތެރެއިންވެސް ދައުލަތާއި ދަޢުވާކުރާފަރާތާ ދެމެދު އެއްބަސްނވެވޭ ގިނަ ކަންތައްތަކެއް ހުރު މައްސަލައެއް ކަން އެނގޭތީ، މިމައްސަލައިގައި ހިމާޔަތް ލިބެންޖެހޭމައުޟޫޢީ ޙައްޤެއް ނުވަތަ ޤާނޫނީ މަރުކަޒެއް އޮތުމުގެ އިޙްތިމާލު ފާޅުކަން ބޮޑު ގޮތެއްގައި ޤާއިމުވެގެންވާކަމަށް މައުޟޫޢީ ޤަޟިއްޔާއާ މެދު ގޮތެއް ކަނޑައެޅުމުގެ ކުރިން މިހިނދަށް ބެލެވެން ނެތްކަމާއި، އަދި އެފަދަ ޤާނޫނީ މަރުކަޒެއް އޮތްކަމުގައި ބަލައި އަމުރާ ގުޅިފައިވާ މައްސަލައިގެ މައުޟޫޢާ މެދު ގޮތެއް ކަނޑައެޅުމުގެ ކުރިން މިއަމުރުގައި އެދިފައިވާ ފަރުވާ ހޯދައިދިނުމަށް ނުވަތަ ހޯދައި ނުދިނުމަށް ވިޔަސް ކަނޑައެޅުމަކީ އިންސާފުގެ ހަމަކަމުގައި ޝަރީޢަތަށް ޤަބޫލު ނުކުރެވުމުގެ އިތުރުން، އެދިފައިވާ ފަރުވާ ދިނުމަށް ނުވަތަ ނުދިނުމަށް ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/111 ޤަޟިއްޔާ ސިވިލް ކޯޓުގެ ނަންބަރު 1097/Cv-C/2021 ޤަޟިއްޔާ. ވިޔަސް ކަނޑައެޅުމަކީ، މައުޟޫޢީ ދަޢުވާގެ ބޭނުން ކެނޑި އިތުރު ޚުޞޫމަތަށް މަގުފަހިވުމުގެ ފުރުޞަތު އޮތެކަމެއކަމަށ ޝަރީޢަތަށް ޤަބޫލުކުރެވުން؛

1.1 ބުނެވިދިޔަ ސަބަބުތަކުގެ އިތުރުން، ވަގުތީ އަމުރު ނެރެމުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-A/21 ޤަޟިއްޔާގައި، ފުރިހަމަ ވާންޖެހކަމަށޭ ބަޔާންކުރާ ތިން ޝަރުޠަށް ވެސް ރިޢާޔަތްކޮށް ފައިވެއެވެ.

9ބުނެވިދިޔަ ސިވިލް ކޯޓުގެ ނަންބަރު B14/CN/2023/01-144 "ކޯޓު އަމުރާއިމެދު ނިންމިގޮތް" މާލެ ހައި ޕްރައިވެޓް ލިމިޓެޑގު ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ. އިސްތިއުނާފކުރުމަށް އެދި ހުށަހެޅު ނުކުތާތައް:

01. ސިވިލް ކޯޓުގެ ނަންބަރު B14/CN/2023/01-144 "ކޯޓު އަމުރާއިމެދު ނިންމިގޮތް" ނިންމާފައިވަނީ ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށްބުނެ، މާލެ ހައި ޕްރައިވެޓު ލިމިޓެޑގު ފަރާތުން ޖުމްލަ ތިން ނުކުތާއެއް އިސްތިއުނާފަށް ހުށަހެޅިއެވެ. އެއީ:

32.3 މައްސަލަ ނިންމުމުގައި، ސިވިލް ކޯޓުން ތަޠުބީޤުކޮށްފައިވަނީ ހަމައެކަނި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު A/21-/SC1220 ޤަޟިއްޔާގައި ވަގުތީ އަމުރެއް ނެރުއްވުމުގައި ބަލަންޖެހޭ ކަމަށް ކަނޑައަޅުއްވާފައިވާ އުޞޫލުތަކަށް ކަމަށާއި، ނަމަވެސް އެދިފައިވަނީ ވަގުތީ އަމުރަކަށް ނޫންކަމުން، އެއުޞޫލުތައ މިމައްސަލައަށް ތަޠުބީޤުކުރެވޭނެ ޤާނޫނީ ހަމައެއް ނެތް ކަމަށާއި، މައްސަލަ ބެލިއިރު ޙަވާ ލާ ދެވުނު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޤަޟިއްޔާއާ ގުޅުވައި ޝަރީޢަތުގައި ވާހަކަ ދައްކާފައިނުވާ ކަމަށް ބުނެ ފާހަގަކުރި ނުކުތާއާއި އަދި؛

32.0 ދިވެހިރާއްޖޭގެ ސުޕްރީ މ ކޯޓުގް ނަންބަރު A/21-/SC1220 ޤަޟިއްޔާ މި މައްސަލައަށް ތަޠުބީޤު ކުރެވިދާނޭކަމަށް ބެލިނަމަވެސް، ތަޠުބީޤުކުރުމުގައި މައްސަލައިގެ ވާޤިޢާތަކާއި، އަމުރަށް އެދޭ ފޯމުގައި ބަޔާންވެގެންވާ ކަންކަމަށް ރިޢާޔަތްކޮށްފައިވަނީ ނުބައިކޮށް، އެފޯމުގައިވ material facts އޮޅުވާލައިގެން ކަމަށް ބުނެ ފާހަގަކުރި ނުކުތާއާއި އަދި؛

32.1 އަމުރަށް އެދުނު ފޯމުގައި ބަޔާންކޮށްފައިވް ކަންކަމަށް ރިޢާޔަތް ކުރިގޮތް އެނގެން ނެތްކަމަށާއި، މިއީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 061 ވަނަ މާއްދާއާ ޚިލފާވުންކަމަށާއ އަދި އެކުންފުނިން ހުށަހެޅި އެއްވެސް ހެއްކަކަށް ރިޢާޔަތްކުރި ގޮތެއް އެނގޭކަށް ނެތްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ. އިސްތިއުނާފުކުރާ ފަރާތުން އެދޭގޮތް:

00. މާލެ ހައި ޕްރައިވެޓް ލިމިޓެޑު ގެ ފަރާތުން ހުށަހެޅި އިސްތިއުނާފު ފޯމުގައި އެދޭގޮތުގައި ބަޔާންކޮށްފައިވަނީ ސިވިލް ކޯޓުގެ ނަންބަރު B14/CN/2023/01-144 ކޯޓު އަމުރާއިމެދު ނިންމިގޮތް ބާޠިލްކޮށްދިނުމާއެކު އަންނަނިވި ކަންކަން ކުރުމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނާއިމޯލްޑިވްސ ޕޮލިސް ސަރވިސްއާއި ދައުލަތުގެ ކަމާބެހޭ އެންމެހައި އިދާރާތަކާއި މުއައްޒަފުންގެ މައްޗަށް އަމުރުކޮށް އެކަންކަން ތަންފީޛުކުރުމަށް ފުރިހަމަ އެއްބާރުލުންދީ އެހީތެރިވުމަށ މޯލްޑިވްސް ޕޮލިސް ސަރވިސްގެ މައްޗަށް އަމުރުކޮށްދިނުމަށެވެ.

33.3 އެމް. އީ. އެސް ކުރީގައި ހިންގި ޢިމާރާތާއި އެޢިމާރާތުގައި ހުރި މާލެ ހައި ޕްރައިވެޓް ލިމިޓެޑގު އުފުލޭ މުދާ ނުއުފުލޭ އެންމެހައި މުދަލާއި، އެޢިމާރާތް އެއްވެސް ކަމަކށަ ބޭނުންކުރުން ހުއްޓާލުމަށާއި،

33.0 އެ ޢިމާރާތާއި އެތަނުގައި ހުރި އެ ކުންފުނީގެ މުދާ ހިމެނޭ ގޮތުން ތިންވަނަ ފަރާތަކާ އެއްވެސް މުޢާމަލާތެއް ނުކުރުމަށާއި،

33.1 އެ ޢިމާރާތާއި އެތަނުގައި ހުރި އެ ކުންފުނީގެ މުދާ އަނބުރާ އެކުންފުންޏާ ޙަވާލުކުރުމަށް ނުވަތަ އެތަކެތި އެކުންފުނީނ ބޭނުން ކުރުމަށް ފަހުންވެސް ދަތިވެ އުދަނގޫވެ، ހުރަސްއެޅިދާނެފަދަ އެއްވެސް ކަމެއް ނުކުރުމަށާއި؛

33.1 އެޢިމާރާތާއި މުދާ ދައުލަތަށް ނަގާފައިވަނީ ޢާންމުވެގެންވާ މަންފާއަކަށް ކަމަށް ޝަރީޢަތުން ކަނޑައަޅައި، އެކަމަށް ދިވެހި ދައުލަތުން މާލެ ހައި ޕްރައިވެޓް ލިމިޓެޑަށް ދޭންޖެހޭކަމަށް ޝަރީޢަތުން ކަނޑައަޅާ ބަދަލެއް، ނުވަތަ ދެފަރާތް ދެމެދުގައި އެއްބަސްވާ ބަދަލެއް މާލެ ހައި ޕްރައިވެޓް ލިމިޓެޑަށް ދީ ޚަލާސްކުރާންދެން، އެޢިމާރާތާއ އެތަނުގައި ހުރަ މާލެ ހައި ޕްރައިވެޓް ލިމިޓެޑގު އެއްވެސް މުދަލެއް މިނިސްޓްރީ އޮފް އެޑިއުކޭޝަނުންވިޔަސް، ނުވަތަ ދައުލަތުގެ އެހެން އިދާރާއަކުން ވިޔަސް ބޭނުންކޮށްގެން ނުވާނޭކަމަށާއި؛

33.1 އެ ޢިމާރާތް ބަންދުކޮށް، އެ ޢިމަރާތާއި، އެތަނުގައި ހުރި މާލެ ހައި ޕްރައިވެޓް ލިމިޓެޑގު އުފުލޭ އަދި ނުއުފުލޭ އެންމެހައި މުދާ ކޯޓުގެ ބެލުމުގެ ދަށަށް ގެނައުމަށް ކަނޑައެޅުމަށް؛ ދައުލަތުން ހުށަހެޅި އިޖުރާއީ އިޢުތިރާޟް:

01. ސިވިލް ކޯޓުގެ ނަންބަރު B14/CN/2023/01-144 ކޯޓު އަމުރާއި މެދު ނިންމިގޮތްއިސްތިއުނާފުކުރުމަށް މާލެ ހައި ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހުށަހެޅި އިސްތިއުނާފކަ މަދަނީ އިޖުރާއަތުގެ ޤާނޫނަ ގެ 103 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދަ ޝަރީޢަތުގެ ނިޒާމު ނަހަމަގޮތުގައި ބޭނުންކުރުމަށް ހުށަހަޅާފައިވާ އިސްތިއުނާފެއް ކަމަށާއި އަދި މިއިސްތިއުނާފަކީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 011 ވަނަ މާއްދާއާ ޚިލާފަށް ހުށަހަޅާފައިވާ އިސްތިއުނާފެއްކަމަށް ފާހަގަކޮށް މަދަނީ އިޖުރާއަތުގެ ޤާނޫނު ގެ 011 ވަނަ މާއްދާގެ (ހ)ގެ (0) ވަނަ ނަންބަރުގެ (i( އަދި (ii) ގެ ދަށުން، ދައުލަތުން އިޖުރާއީ އިޢުތިރާޟެއް ހުށަހެޅިއެވެ. އެ އިޖުރާއީ އިޢުތިރާޟު ބލައިގަނަ ނަންޖެހް ސަބަބެއް ނެތްކަމަށް މިޤަޟިއްޔާއާ ގުޅިގެން 06 ނޮވެންބަރު 0201 ނިންމި އިޖުރާއީ އިޢުތިރާޟްއ ގުޅިގެނާ ނިންމް ނިންމުމުގައި ކަނޑައަ ޅައ އިސްތިއުނާފި ޖަވާބު ހުށަހެޅުމަށް ދައުލަތަށް އެންގިފައިވެއެވެ. އިސްތިނާފީ ނުކުތާތަކާ ގުޅޭގޮތުން އިސްތިއުނާފުކުރާ ފަރާތުން ދެއްކި ވާހަކަތަކުގެ ޚުލާޞާ:

3އިސްތިއުނާފީ ފުރަ ތަމ ނުކުތާއަ ގުޅިގެން މާލެ ހައި ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ދެއްކި ވާހަކަ ތަކުގައި މައިގަނޑު ބުނެފައިވަނީ؛

31.3 މިމައްސަލައިގައި އެކުންފުނިން ދަށުކޯޓުގައި އެދިފައިވާނީ މަދަނީ އިޖުރާއަތުގެ ޤާނޫނގު 011 ވަނަ މާއްދާގެ ދަށުން ކޯޓު އަމުރަކަށް ކަމަށެވެ. ސިވިލް ކޯޓުގައި އެފަރާތުން ހޯދަން އެދުނު އަމުރަކީ ޤާނޫނުއަސާސީގެ 12 ވަނަ މާއްދާގެ (ށ) އިން އެކުންފުންޏަށް ލިބޭ ޙައްޤެއް، ޤާނޫނުއަސާސީއާ ޚިލާފަށް ފުލުހުން ނިގުޅައިގެންފައިވާތީ، އަދި ކުށުގެ މަތީގައި ޤާނޫނުއަސާސީއާ ޚިލާފަށް ތިބޭތީ އަދި ޤާނޫނުއަސާސީއާ ޚިލާފަށް ބޭނުންކުރަމުންދާތީ ޤާނޫނުއަސާސީގެ 11 ވަނަ މާއްދާ އަދި ޤާނޫނުއަސާސީގެ 311 ވަނަމާއްދާގެ (ހ) އަދި

(ށ) ގެ ދަށުން ހދުމަށ އެދުން އަމުރެއް ކަމަށ ވެ. މިއީ ދާއިމީ އަމުރެއް ކަމަށެވެ.

31.0 މަދަނީ އިޖުރާއަތުގެ ޤާނޫނުގައި "ކޯޓު އަމުރު" އަދި "ވަގުތީ އަމުރު" ބަޔާންކޮށްފައިވަނީ މުޅީން ދެމަފުހޫމެއްގައި ދެ ބާބެއްގއަ ކަމަށާއި، ވަގުތީ އަމުރަކީ، ކޯޓުން ބަލަމުން ގެންދަވާ މައްސަލައެއް ބަލާ ނިމެންދެން، އިތުރު ގެއްލުންތަކެއް ކުރިމަތިވިޔަ ނުދޭން އޮންނަ ވަގުތީ ފަރުވާއެއްކަމާއި، އެއާ ޚިލާފަށް ކޯޓު އަމުރަކީ ޤާނޫނާ ޚިލާފަށް ހިނގަމުންދާ ކަމެއް ހުއްޓުވުމަށް ބޭނުންކުރެވޭ ނުވަތަ ޤާނޫނަކާ އެއްގޮތަށް ޢަމަލުނުކޮށްގެން، އެކަމެއް ކުރާން އެންގުމަށް ބޭނުންކުރެވޭ ވަސީލަތެއް ކަމަށެވެ.

31.1 ކޯޓު އަމުރަކަށް އެދިފައިވީ ނަމަވެސް، ސިވިލް ކޯޓުން ގޮތް ނިންމުމުގައި ޙަވާލާދީ ތަޠުބީޤުކޮށްފައިވަނީ ވަގުތީ އަމުރުތަކާ މެދު ގޮތް ނިންމުމުގައި ކޯޓުތަކުން ރިޢާޔަތްކުރައްވާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-A/21 ޤަޟިއްޔާގައި ކަނޑައަޅާފައިވަ އުޞޫލުތަކަށް ކަމަށެވެ. އެހެންނަމަވެސް އެޤަޟިއްޔާއާ ގުޅިގެން ޝަރީޢަތުގައި ވާހަކަ ދައްކާފައި ވެސް ނުވާކަމް ށާއި،މިމައު ސަލައަށް ބުނެވުނު ޤަޟިއްޔާ ތަޠް ބީޤ ކުރެވޭނެ ހަމައެއް ނެތްކަމަށެވެ.

4އަދި އިސްތިއުނާފީ ދެވަނަ ނުކުތާގައި މައިގަނޑު ފާހަގަކޮށްފައިވަނީ، ސިވިލް ކޯޓުގެ ނިންމުމުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-A/21 ޤަޟިއްޔާ ތަޠުބީޤު ކޮށްފައިވާގޮތް ރަނގަޅު ނޫންކަމަށެވެ.

31.3 އެގޮތުން ސިވިލް ކޯޓުގެ ނިންމމު ގައި، ކޓޯ އަމުރގައު އެދިފައިވާ ފަރުވާއާއި، މައުޟޫޢީ ދަޢުވާގައި އެދިފައިވަނީ އެއްފަރުވާ އަކަށްވާތީ އެއަމުރު ނެރެދެވެންނެތް ކަމަށް ކަނޑައަޅާފައިވީނަމަވެސް އެއީ ހަޤީޤަތެއް ނޫންކަމަށާއި، މައުޟޫޢީ ދަޢުވާގައި އެދިފައިވާނީ ޢިމާރާތާއި މުދާ އެ ކުންފުންޏަށް އަނބުރާ އިޢާދަކޮށްދިނުމަށާއި އަދި އެކުށްކުރި މީހުންގެ މައްޗަށް ތަޙުޤީޤު ހިންގަން އަމުރުކޮށް ދިނުމަށް ކަމަށެވެ. ކޯޓު އަމުރުގައި އެދިފައިވނާ ދައުލަތުން އެމުދާ ބަދަލު ދިނުމެއް ނެތި ބޭނުންކުރުން ހުއްޓުވުމަށް ކަމަށާއި މުދާ އަނބުރާ ހޯދުމަށް ނޫންކަމަށެވެ.

31.0 ސިވިލް ކޯޓުގެ ނިންމުމުގައި ސިވިލް ކޯޓުގެ ޤަޟިއްޔާއަކާ ޙަވާލާދީ އެޤަޟިއްޔާގެ އެއްވެސް ތަފުސީލެއް ނެތި ޤާނޫނީ މަރުކަޒެއް އޮތްކަމަށް ބެލެވެން ނެތްކަމަށް ބަޔާންކޮށްފައިވާ ކަމަށާއި، ސިވިލް ކޯޓުގެ ނަންބަރު 1097/Cv-C/2021 ޤަޟިއްޔާއަކީ ޢިމާރާތް އަނބުރާ ރައްދުކުރެވެންދެން، ނުވަތަ މުދަލާއި ގެއްލުމުގެ ބަދަލު ދީ ނިމެންދެން ކުންފުންޏަށް ލިބެމުންދާ ސީދާ ގެއްލުން mitigate ކޮށް، އިތުރު ގެއްލުން ކުޑަކުރުމަށް ހުށަހެޅި ދަޢުވާއަކަށް ދައުލަތުން އެއްބަސްވެގެން ނިންމި ދަޢުވާއެއް ކަމަށާއި، ސިވިލް ކޯޓުގެ އެޤަޟިއްޔާއާ މި އަމުރާ ހުރި ގުޅުމެއް ސިވިލް ކޯޓުގެ ނިންމުމުގައި ބަޔާންކޮށްފައި

31.1 އަމުރަށް އެދޭ ފަރާތުގެ ސިފަތު މިމައްސަލައިގެ އޮތްތޯއާއި އިޢާދަ ނުކުރެވޭ ގެއްލުމެއް ލިބޭނެތޯ ބަލަންޖެހޭ ކަމަށް ފާހަގަކުރި ނަމަވެސް އެކަންކަމާމެދު ގޮތެއް ކަނޑައަޅާފައި

5އިސްތިއުނާފީ ތިންވަނަ ނުކުތާގައި، މަދަނީ އިޖުރއަތުގާ ޤާނޫނުގެ 061 ވަނަ މާއްދާއާ ޙަވާލާދީ ފާހަގަކޮށްފައިވަނީ ސިވިލް ކޯޓުން އަމުރާމެދު ގޮތެއް ނިންމުމުގައި، އަމުރަށް އެދުނު ފޯމުގައި ބަޔާންކޮށްފައިވާ އަންނަނިވި ކަންކަމަށް ގޮތް ނިންމާފައި ނުވާ ކަމަށެވެ.

31.3 ޤާނޫނު ޢޤޫބާޠުގު 012 ވަނަ މާއްދާގައި ބަޔާންކުރާ ޓްރެސްޕާސްކުރުމުގެ މައްސަލަ ހުއްޓުވުމަކަށް ގެނައުން؛

31.0 Proprietary Estoppel ގެ ދަށުން ފާހަގަކޮށްފައިވާ ނުކުތާތައް؛

31.1 ޤާނޫނުއަސާސީގެ 02 ވަނަ މާއްދާ އިން ލިބޭ ރައްކައުތެރިކަމާބެހޭ ނުކުތާ؛

31.1 ޤާނޫނުއަސާސީގެ 11 ވަނަ މާއްދާގެ (ހ) ގެ ދަށުން ފާހަގަކޮށްފައިވާ ނުކުތާ؛

31.1 ޤާނޫނުއަސާސީގެ 311 ވަނަ މާއްދާއާ ގުޅިގެން ހުށަހަޅާފައިވާ ނުކުތާ؛

31.6 މައްސަލައާ ގުޅިގެން އެކުންފުނިން ހުށަހެޅި އެއްވެސް ހެއްކަކަށް ރިޢާޔަތްކުރި ގޮތެއް ސިވިލް ކޯޓުގެ ނިންމުމުން އެނގެން ނެތްކަމަށެވެ. އިސްތިނާފީ ނުކުތާތަކާ ގުޅޭގޮތުން އިސްތިއުނާފުރައްދުވާ ފަރާތުން ދެއްކި ވާހަކަތަކުގެ ޚުލާޞާ:

6އިސްތިއުނާފުކުރާ ފަރާތުން ކޯޓު އަމުރެއް ގޮތުގައި ނެރެދިނުމަށް ސިވިލް ކޯޓުގައި އެދިފައިވަނީ "މުދަލުން ތަޞައްރަފުކުރުން ހުއްޓުމުގެ" އަމުރަކަށް ކަމަށާއި، މިއީ ކޯޓު އަމުރެއް ހޯދައިގެން ކުރަންޖެހޭ ބާވަތުގެ ކަމެއްކަމަށް މަދަނީ އިޖުރާއަތުގެ ޤާނޫނުގައި ބަޔާންކޮށްފައި ނުވާ ކަމަށާއި، ކޮންމެ ކޮންމެ މައްސަލައެއް "ކޯޓުއަމުރަށ އެދް ފޯމު" ނ ހުށަހެޅުމަށް މަދަން އިޖުރާއަތުގެ ޤާނޫނުން ޖާގަދީފައިނުވާކނަ ކޯޓް އަމުރެއްގެ ދަށުން އެދެވިދާނެ ބާވަތްތަކުގެ އަމުރުތައް ޤާނޫނުގައި ސާފުކޮށް ބަޔާންކޮށްފައި އޮތުމުންނާއި، ކޯޓު އަމުރަށް ޤާނޫނުގައި ދީފައިވާ މާނަކުރުމުންވެސ އެނގެން އޮތަތީ، މިމައްސަލައަކީ އިސްތިއުނާފަށް ހުށަހަޅައިގެން ކާމިޔާބު ކުރެވޭނެ ކަމުގެ އެކަށީގެންވާ ފުރުޞަތެއް އޮތް ޤާނޫނީ ބަހްޘއް އޮތެމައްސަލައެއް ނޫންކަމަށެވެ.

7އަދި މިމައްސަލައިގައި ހުށަހެޅިފައިވާ އިސްތިއުނާފީ ނުކުތާތަކުގެ ތެރޭގައި އިސްތިއުނާފީ އޮޅިގަނޑު ގިރާކުރާ ވަރުގެ ނުކުތާއެއް ހުށަޅާފައިވ ނުވާކަމަށާ ވެ. އެގޮތުން އަންނަނިވި ކަންކަން ދައުލަތުން ފާހަގަކޮށްފައިވެއެވެ.

31.3 އިސްތިއުނާފީ ފުރަތަމަ ނުކުތާގައި، ސިވިލް ކޯޓުގެ ނިންމުމުގައި ބަލާފައިވަނީ މިމައްސަލައަށް ތަޠުބީޤު ނުކުރެވޭނެ ޤާނޫނީ އުޞޫލުތަކެއް ކަމަށް ބަޔާންކުރުމުގެ އިތުރުން، އެކަމުގެ ސަބަބުން ސިވިލް ކޯޓުގެ ނިންމުމަށް ބަދަލު އަންނަނީ ކިހިނެތްކަން ނުވަތަ އެފަރާތުން އެދުނު ކޯޓު އަމުރު ނެރެދޭންޖެހުނީ ކޮން ހަމައަކުންކަން މާލެ ހައި ޕްރައިވެޓް ލިމިޓެޑގު ފަރާތުން ބުނދެފައިނުވާ ކަމަށާއި؛

31.0 އަދި އިސްތިއުނާފީ ދެވަނަ ނުކުތާއަށް ބަލާއިރު، އިސްތިއުނާފީ ފުރތަ މ ނުކުތާގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-A/21 ޤަޟިއްޔާ ގައި ވަގުތީ އަމުރެއް ނެރެދިނުމާ ގުޅޭގޮތުން ކަނޑައަޅާފައިވާ އުޞޫލުތައް މިމައްސަލައަށް ތަޠުބީޤު ނކުރެވޭނު ކަމަށް ބުނެ ވަކާލާތު ކުރުމަށްފަހު، ދެވަނަ އިސްތިއުނާފީ ނުކުތާއެއްގެ ގޮތުގައި ހަމަ އެޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލުތައް ދަށުކޯޓުން މިމައްސަލައަށް ތަޠުބީޤުކޮށްފައިވަނީ ރަނގަޅަށް ނޫން ކަމަށް ބުނެ ވަކާލާތުކުރުމަކީ ދެކޮޅުޖެހޭ ކަމެއް ނޫންކަމަށާއި، އަދި އިސްތިއުނާފީ ފުރަތަމަ ނުކުތާއާ ދެވަނަ ނުކުތާ ފުށުއަރާ ކަމަށެވެ. އަދި ދެވަނަ އިސްތިއުނާފީ ނުކުތާގައިވެސް އެނުކުތާގައި ބަޔާންކޮށްފައިވާ ކަންކަމުގެ ސަބަބުން ސިވިލް ކޯޓުގެ ނިންމުމަށް ބަދަލު އަންނަނީ ކިހިނެތްކަން، ނުވަތަ އެފަރާތުން އެދުނު ކޯޓު އަމުރު ނެރދޭންޖެހުނީ ކޮނެ ހަމައަކުންކަން މާލެ ހައި ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ބުނެދީފައި ނުވާކަމަށާއި؛

31.1 އިސްތިއުނާފީ ތިންވަނަ ނުކުތާގައި ފާހަގަކުރި ކަންކަމާއި ގުޅޭގޮތުން ގޮތެއް ކަނޑައަޅައިދިނުމަށް ސިވިލް ކޯޓުގައި އަމުރަށް އެދުނު ފޯމުގެ 1 ވަނަ ނަންބަރު (ކޯޓު އަމުރު އޮންނަވީ ގޮތް) ގައި އިސްތިއުނާފުކުރާ ފަރާތުން ވަކިވަކިން އެދިފައި ނުވާ ކަމަށާއި، އަދި މިނުކުތާގެ ސަބަބުންވެސް ސިވިލް ކޯޓުގެ ނިންމުމަށް ބަދަލު އަންނަންޖެހޭ ގޮތެއް ނުވަތަ އިސްތިއުނާ ފުކުރާ ފަރާތުން އެދޭފަދަ އަމުރެއް ނެރެދޭންޖެހޭ ފަދަ ސަބަބެއް ބަޔާންކޮށްދެވިފައި

8އެހެންކަމުން، މިމައްސަލައިގައި އިސްތިއުނާފީ ނުކުތާތަކުގެ ގޮތުގައި ހުށަހަޅާފައިވާ ނުކުތާތަކަކީ ސިވިލް ކޯޓުގެ ނިންމުން ބަދަލުވެގެންދާފަދ ޤާނޫނަ ބަހުޘެއް އޭގައެ ނުހިމެނި އަދި އިސްތިއުނާފީ އޮޅިގަނޑު ގިރ ނުކުރާ ނުކުތާތަކެއް ކަމަށް ޝަރީޢަތުން ކަނޑައަޅަދިނުމަށް އެދިފައިވެއެވެ.

9އަދި އިސްތިއުނާފީ ނުކުތާތަކާ ގުޅިގެން މައުޟޫޢީ ގޮތުން އަންނަނިވި ކަންކަން ދައުލަތުން ފާހަގަކޮށްފައިވެއެވެ.

3..3 އިސްތިއުނާފީ ފުރަތަމަ ނުކުތާއާ ގުޅިގެން މައިގަނޑު ފާހަގަކޮށްފައިވަނީ، ނެރެދިނުމަށް އެދުނު އަމުރަކީ ހިނގަމުންދާ މައްސަލައަކާ ގުޅިގެން އެޤަޟިއްޔާގައި ގޮތެއް ކަނޑައަޅައި ދިނުމުގެ ކުރިން ނެރެދިނުމަށް އެދުނު އަމުރެއް ކަމަށާއި، އެއަމުރ މެދާ ގޮތެއު ކަނޑައެޅުމުގައި ސިވިލް ކޯޓުގެ ނިންމުމުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-A/21 ޤަޟިއްޔާގެ ވަގުތީ ފަރުވާއާ ގުޅޭ އުޞޫލުތައް ތަޠުބީޤު ކޮށްފައިވަނީ، އިސްތިއުނާފުކުރާ ފަރާތުން އަމުރަށް އެދުނު ކަންކަމަކީ އޭގެ ޒާތުގައި އަދި ޠަބީޢަތަށް ބަލާއިރު، މައުޟޫޢީ މައްސަލައާ ގުޅުވައި އެދިފައިވާ ވަގުތީ ފަރުވާތަކެއ ކަމުގައް ވާތީކަމަށެވެ.

3..0 އިސްތިއުނާފުކުރާ ފަރާތުން އެދިފައިވާ ފަދަ ކޯޓު އަމުރެއް ނެރެދިނުމުގައި ޝަރީޢަތުން ރިޢާޔަތްކުރާންޖެހޭނެ ވަކި ކަންތައްތަކެއް މަދަނީ އިޖުރާއަތުގެ ޤާނޫނުގައި ބަޔާންކޮށްފައި ނުވާކަމަށެވެ. މިޙާލަތުގައި ކޯޓު އަމުރާމެދު ގޮތެއް ނ ންމުމުގައ ވަކި އުޞޫލުތަކަކަށް ރިއާޔަތްކުރުމަކީ އަމުރަށް އެދޭ ކަންކަމުގެ ޒާތާއި ބާވަތަށް ބަލައި ފަނޑިޔާރަށް ލިބިގެންވާ އިޚްތިޔާރެއްކަމަށެވެ. އިސްތިއުނާފުކުރާ ފަރާތުން އަމުރަކަށްއެދިފައިވާ ކަންކަމަކީ މައުޟޫޢީ މައްސަލައާ ގުޅުވައި އެދިފައިވާ ވަގުތީ ފަރުވާތަ ކެއް ކަމަށާއި އެކަންކަމާމެދު ގޮތެއް ނިންމުމުގައި ސިވިލް ކޯޓުން އިޚްތިޔާރުކޮށްފައިވާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-A/21 ޤަޟިއްޔާ ގައި ކަނޑައަޅާފައިވާ އުޞޫލުތަކަކީ އެފަދަ ފަރުވާތަކާ ގުޅޭގޮތުން ނިންމާ ނިންމުމެއް ބިނާކުރުމަށް ރަނގަޅުނޫން އުޞޫލުތަކެއްކަން އިސްތިއުނާފުކުރާ ފަރާތުން ބަޔާންކޮށް ދެވިފައި ނުވާކަމަށެވެ.

3..1 އިސްތިއުނާފީ ދެވަނަ ނުކުތާއާ ގުޅިގެން މައިގަނޑު ފާހަގަކޮށްފައިވަނީ، ސިވިލް ކޯޓުގެ ނިންމުމުގައި ކޯޓު އަމުރަށް އެދިފައިވާ ޤަޟިއްޔާގެ މައުޟޫޢާ ގުޅިގެން ކުރިން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/111 ޤަޟިއްޔާގައި ކަނޑައަ ޅާފައިވާ ނިޔާގެ ދަށުން އިސްތިއުނާފުކުރާ ފަރާތަށް ޙައްޤެއް (ގެއްލުމުގެ ބަދަލު ހޯދުމުގެ ދަޢުވާ ކުރުމުގެ ޙައްޤު) ސާބިތުވެފައި ވާ ކަމަށާއި، އެޤަޟިއްޔާއ ގުޅިގެނާ އިސްތިއުނާފުކުރާ ފަރާތުން ގެއްލުމުގެ ބަދަލު ހޯދުމަށް ސިވިލް ކޯޓަށް ހުށަހެޅި ނަންބަރު 1097/Cv-C/2021 ޤަޟިއްޔާއިން ޑިސްޕިއުޓް މަރުޙަލާގައި ދެފަރާތުން އެއްބަސްވެގެން ނިންމުމެއް ނިންމާފައިވާތީ، ސިވިލް ކޯޓުން އެކަމަށް ރިޢާޔަތްކޮށްފައިވާ ކަމަށާއި، އިސްތިއުނާފުކުރާ ފަރާތަށް މައުޟޫޢީ ޙައްޤެއް އޮތްކަމުގެ އ ޙި ތިމާލު ފާޅުކަންބޮޑު ގޮތެއްގައި ޤާއިމުވެގެންވާކަމަށް ބެލެވެން ނެތްކަމަށް ސިވިލް ކޯޓުން ނިންމާފައިވަނީ ކޯޓުއަމުރ ގުޅާ ޤަޟިއްޔާގައި ހިމެނޭ މައުޟޫޢީ ދަޢުވާއަކީ ހަމަކުރިން ހުށަހެޅުނު މައުޟޫޢީގައ ހުށަހަޅާފައިވި އިޚްތިލާފެއް އޮންނަ ބާވަތުގެ ފޯމުން ހުށަހެޅި އަދި ކޯޓު އަމުރުގެ ތެރެއިންވެސް ދައުލަތާ އިސްތިއުނާފުކުރާ ފަރާތު ދެމެދު އެއްބަސް ނުވެވޭ ގިނަ ކަންތައްތަކެއް ހުރި މައްސަލައެއް ކަމުގައިވާތީ އެސަބަބައްޓަކައި ކަމަށާއި، އިސްތިއުނާފުކުރާ ފަރާތަށް މައުޟޫޢީ ޙައްޤެއް އޮތްކަމުގެ އޙި ތިމާލު ފާޅުކަންބޮޑް ގޮތެއްގައި ޤާއިމުވެގެންވާކަމަށް ބެލެވެން ނެތްކަމަށް ސިވިލް ކޯޓުން ނިންމާފައިވަނީ ނިމިފައިވާ ޤަޟިއްޔާތަކަކީ ގުޅިގެނާ ހަމަ އެމައުޟޫގައި އިތުރު ޚުސޫމާތުތަކެއް އުފެދުމުގެ ފުރުޞަތު ނުދިނުމުގެ ގޮތުނު ކަމާއި، އެ ނިންމުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-A/21 ޤަޟިއްޔާ ގައި މައުޟޫޢީ ޙައްޤެއް ޤާއިމުވެގެންވޭތޯ ބެލުމާ ގުޅޭ ގޮތުން ކަނޑައަޅާފައިވާ އުޞޫލާ ޚިލާފު ނޫންކަމަށެވެ.

3..1 އިސްތިއުނާފީ ތިން ވަނަ ނުކުތާއާ ގުޅިގެން ފާހަގަކޮށްފައިވަނީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 061 ވަނަ މާއްދާގައި ވަކިވަކިން ގޮތެއް ކަނޑައަޅަންވާނެ ކަމަށް ބަޔާންކޮށްފައިވަނީ، ދަޢުވާކުރާ ފަރާތުން ނުވަތަ އަމުރަށް އެދޭ ފަރާތުން ކޯޓަށް ހުށަހަޅާ ފޯމުގައި މައްސަލަ ނިންމައިދިނުމަށް އެދޭ ގޮތުގައި ނުވަތަ އަމުރު ނެރެދިނުމަށް އެދޭ ގޮތުގައި ބަޔާންކުރާ، ގޮތެއް ކަނޑައަޅައިދިނުމަށް އެދޭ ކަންކަމާ ގުޅޭގޮތުން ކަމާއި، އެ މާއްދާގެ މަޤުޞަދަކީ ދަޢުވާގެ ތަފުޞީލުގައ ބަޔާންކުރި ހުރިހާ ވާހަކައަކަށް ނުވަތަ ކޮންމެ ނުކުތާއަކަށް ކޯޓުގެ ނިންމުމެއް އޮތުން ލާޒިމުކުރުން ނޫންކަމަށާއި ޤާނޫނުއަސާސީގެ 02 ވަނަ މާއްދާއާއި ޤާނޫނުއަސާސީގެ 12 ވަނަ މާއްދާގެ (ހ) އާއި ޤާނޫނުއަސާސީގެ 311 ވަނަ މާއްދާއާ ގުޅޭގޮތުން ކޯޓު އަމުރަށް އެދުނު ފޯމުގައި ބަޔާންކޮށްފައިވާ ކަންކަމާ ގުޅޭގޮތުން ވަކިންވަކިނ ގޮތެއް ކަނޑައަޅައިދިނުމަށް އެ ފޯމުގެ 1 ވަނަ ނަންބަރު (ކޯޓު އަމުރު އޮންނަންވީ ގޮތް) ގައި އިސްތިއުނާފުކުރާ ފަރާތުން އެދިފައި ނުވާކަމަށާއި، ސިވިލް ކޯޓުން ކޯޓު އަމުރާމެދު ގޮތެއް ކަނޑައަޅާފައިވަނީ " ކޯޓު އަމުރު އޮންނަވީ ގޮތް" ކަމަށް އިސްތިއުނާފުކުރާ ފަރާތުން ކޯޓު އަމުރަށް އެދުނު ފޯމުގައި ބަޔާންކޮށްފައިވާ ކަންކަމާ ގުޅޭ ގޮތުން ކަމަށެވެ. އިސްތިއުނާފު ރައްދުވާ ފަރާތުން އެދޭގޮތް:

11ދައުލަތުން އެދިފައިވަނީ، އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބިނާކޮށް ސިވިލް ކޯޓުގެ ނަންބަރު B14/CN/2023/01-144 "ކޯޓު އަމުރާއިމެދު ނިންމިގޮތް" ބާޠިލުކުރަންޖެހޭފަދަ އަދި އިސްތިއުނާފުކުރާ ފަރާތުން އެދިފައިވާފަދަ ކޯޓު އަމުރެއް ނެރެދެންޖެހޭފަދަ ޝަރުޢީ އަދި ޤާނޫނީ ހަމައެއް ނެތްކަމަށް ކަނޑައަޅައިދިނުމަށެވެ. ޝަރީޢަތަށް ފާހަގަކުރެވުނު ކަންކަން:

10. ސިވިލް ކޯޓުގެ ނަންބަރު B14/CN/2023/01-144 "ކޯޓު އަމުރާއިމެދު ނިންމިގޮތް" އިސްތިއުނާފު ކުރުމަށް އެދި މާލެ ހައި ޕްރައިވެޓް ލިމިޓެޑު ގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކށާއި، އ ނުކުތާ ތަކާއ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި އެންމެހައި ލިޔުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް ޝަރީޢަތަށް ފާހަގަކުރެވެއެވެ.

11. އިސްތިއުނާފުކުރާ މާލެ ހައި ޕްރައިވެޓް ލިމިޓެޑު ގެ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފީ ފުރަތަމަ 0 (ދޭއް) ނުކުތާގައި ފާހަގަކޮށްފައިވަނީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނެކްސްބިޒް ލިމިޓެޑް (އެސްޓްރޭލިއާ) ވ. އެންޓި ކޮރަޕްޝަން ކޮމިޝަން ޤަޟިއްޔާގައި ވަގުތީ އަމުރު ނެރުމާ ގުޅޭގޮތުން ކަނޑައަޅާފައިވާ އުޞޫލުތަކާ ގުޅޭ ގޮތުންނެވެ.

13އެގޮތުން، ނެކްސްބިޒް ޤަޟިއްޔާއާ ޙަވާލާދީ އިސްތިއުނާފީ ފުރަތަމަ ނުކުތާގައި އިސްތިއުނާފުކުރާ ފަރާތުން ފާހަގަކޮށްފައިވަނީ، ޙަވާލާދޭ ޤަޟިއްޔާގައި ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ އުޞޫލުތަކަކީ، ވަގުތީ އަމުރަ ނެރުމުގައި ޝަރީޢަތުން ރިޢާޔަތްކުރަންޖެހޭ ކަންކަން ކަމަށެވެ. އިސްތިއުނާފުކުރާ މާލެ ހައި ޕްރައިވެޓް ލިމިޓެޑު ގެ ފަރާތުން ދަށު ކޯޓުގައި އެދިފައިވަނީ ވަގުތީ އަމުރެއް ނެރުމަށް އެދި ނޫންކަމާއި، މާލެ ހައި ޕްރައިވެޓް ލިމިޓެޑގު ފަރާތުން އެދިފައިވަނީ، ކޯޓު އަމުރެއް ނެރެދިނުމަށް ކަމަށް ވީހިނދު، ނެކްސްބިޒް ޤަޟިއްޔާގައި ވަގުތީ އަމުރު ނެރުމާގުޅޭ ގޮތުން ކަނޑައަޅާފައިވާ އުޞޫލުތައް މި މައްސަލައަށް ތަޠުބީޤު ނުކުރެވޭނެ ކަމަށެވެ. ކޯޓު އަމުރު:

14[ކޯޓު އަމުރު ] އާގުޅޭ އުޞޫލުތައް ބަޔާންކޮށްފައިވަނީ، މަދަނީ އިޖުރާއަތުގެ ޤާނޫނު ގެ އެކާވީސްވަނަ ބާބުގައެވެ. ނަމަވެސް، އެ ބާބުގައި [ކޯޓު އަމުރު] ގެ ތަޢުރީފެއް އަދި ޝަރަޙަ އެއަ ވެސް ދީފައި ނުވެއެވެ. [ކޯޓު އަމުރު] ގެ މާނަ، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 10. ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވަނީ އަންނަނިވި ފަދައިންނެވެ. " [ކޯޓު އަމުރު] ކަމަށް ބުނެފައި އެވަނީ، ކޯޓު އަމުރެއް ހޯދައިގެން ކުރަންޖެހޭ ކަމެއް ކުރުމަށް މި ޤާނޫނުގައިވާ ގޮތުގެ މަތިން ފަނޑިޔާރަކު ދޫކުރާ ހުއްދައަށެވެ. ނުވަތަ ފަނޑިޔާރަކު ކުރި އަމުރަށެވެ."

15މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 10. ވަނަ މާއްދާގެ (ނ) ގައި [ކޯޓު އަމުރު] މާނަ ކޮށްފައިވާގޮތަށް، އެއްވެސް އުނިއިތުރެއް ނެތި ހަމަ އެ މާނަކުރުން، ޤާނޫނު ނަންބަރު 0236/30 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު)ގެ 031 ވަނަ މާއްދާގެ (ރ) ގައި [ކޯޓު އަމުރު] ގެ މާނައިގެ ގޮތުގައި ބަޔާން ކޮށްފައިވެއެވެ.

16ސިވިލް ކޯޓުގެ މަދަނީ އިޖުރާއަތުގެ ޤަވާއިދުގެ 332 ވަނަ މާއްދާގެ އަރިމަތީ ސުރުޚީގައި ކޯޓި އަމުރު ބަޔާންކޮށް، އެ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވަނީ، ދަޢުވާއެއް ނުވަތަ މައްސަލައެއް ކޯޓަށް ހުށަހެޅުމުގެ ކުރިން ނުވަތަ ކޯޓުގައި ހިނގަމުންދާ މައްސަ ލައަކ ގުޅިގެނާ ނުވަތް ދަޢުވާއަކާ ގުޅިގެން، ޤާނޫނު ނަންބަރު 0203/10 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ އެކާވީސް ވަނަ ބާބުގެ ދަށުން ކޯޓު އަމުރަކަށް އެދި ހުށަހެޅިދާނެކަމަށެވެ. ވަގުތީ އަމުރު:

17މަދަނީ އިޖުރާއަތުގެ ޤާނޫނުގެ ދެވަނަ ބާބުގައި އެ ޤާނޫނުގައި ބޭނުންކޮށްފައިވާ ބައެއް މަފްހޫމްތަކުގެ މާނަ ބަޔާންކޮށްފައިވެއެވެ. އެގޮތުން، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 01 ވަނަ މާއްދާގައި [ވަގުތީ އަމުރު] ގެ މާނަ ބަޔާންކޮށްފައިވަނީ އަންނަނިވި ފަދައިންނެވެ. " [ވަގުތީ އަމުރު ] ކަމަށް ބުނެފައި އެވަނީ، މަދަނީ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް ލިބިގެންވާ ކޯޓެއްގައި ބަލަމުންދާ މައްސަލައަކާ ގުޅިގެން، ނުވަތަ އެފަދަ ކޯޓަކަށް ހުށަހެޅިދާނެ މައްސަލައަކާ ގުޅިގެން، ރައްކާތެރިކަމުގެ ވަގުތީ ފިޔަވަޅެއް އަޅައިދިނުމަށް އެދި މައްސަލައިގެ ޚަޞްމަކު ނުވަތަ މައްސަލައިގައި މަޞްލަޙަތު އޮތް އެހެން ފަރާތަކުން ކޯޓުގައި އެދޭ ޙާލަތުގައި ކޯޓުން ކުރާ ވަގުތީ އަމުރަށެވެ. "

18[ވަގުތީ އަމުރު] އާގުޅޭ އުޞޫލުތައް ބަޔާންކޮށްފައިވަނީ، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ ބާވީސްވަނަ ބާބުގައެވެ. މި ބާބުގެ ބޭނުމަށްޓަކައި [ވަގުތީ އަމުރު] އަކީ ކޮބައިކަން، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 010 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވެއެވެ."

19މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 010 ވަނަ މާއްދާގެ (ހ) ގައި [ވަގުތީ އަމުރު] އަކީ ކޮބައިކަން ބަޔާންކޮށްފައިވަނީ އަންނަނިވިފަދައިންނެވެ. "މި ބާބުގެ ބޭނުމަށްޓަކައި [ވަގުތީ އަމުރު] ކަމަށް ބުނެފައި އެވަނީ، ކޯޓަށް ހުށަހެޅިފައިވާ ދަޢުވާއެއްގައި ކޯޓުން ގޮތެއް ކަނޑައެޅުމުގެ ކުރިން ވަގުތީ ފަރުވާއެއް ހޯދައިދިނުމުގެ ގޮތުން ނުވަތަ ވަގުތީ ރައްކާތެރިކަމެއް ހޯދައިދިނުމުގެ ގޮތުން ކޯޓުން ނެރެދޭ ވަގުތީ ފަރުވާގެ އަމުރަށެވެ."

31[ކޯޓު އަމުރު] އެކޭ އެއްފަދައިން [ވަގުތީ އަމުރު] އަކީވެސް، ދަޢުވާއެއް ނުވަތަ މައްސަލައެއް ކޯޓަށް ހުށަހެޅުމުގެ ކުރިން ނުވަތަ ކޯޓުގައި ހިނގަމުންދާ މައްސަލައަކާ ގުޅިގެން ނުވަތަ ދަޢުވާއަކާ ގުޅިގެން، ނެރެދިނުމަށް އެދެވިދާނެ ފަދަ އަމުރެއްކަން، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 01 ވަނަ މާއްދާއާއި 011 ވަނަ މާއްދާއިން އެނގެއެވެ.

30. ކޯޓު އަމުރާ ގުޅޭ އުޞޫލުތައް ބަޔާންކޮށްފައިވާ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ އެކާވީސް ވަނަ ބާބުގައި، ކޯޓު އަމުރުގެ ގޮތުގައި ނެރެވޭނެ އަމުރުތަކާގުޅޭ އިތުރު ތަފްޞީލުތަކެއް ބަޔާންކުރެވިފައިނުވެއެވެ. އެއާ ޚިލާފަށް އެ ޤާނޫނުގެ އެކި ބާބުތަކުގައ ކޯޓި އަމުރަށް އެދެންޖެހޭ އެކި ޙާލަތްތަކާއި އަދި ކޯޓުން ނެރެދެވިދާނެ ބައެއް ބާވަތްތަކުގެ ކޯޓު އަމުރުގެ ވާހަކަ ބަޔާންކޮށްފައިވެއެވެ.

31. ނަމަވެސް، ވަގުތީ އަމުރާގުޅޭ އުޞޫލުތައް ބަޔާންކޮށްފައިވާ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ ބާވީސް ވަނަ ބާބުގައި، ވަގުތީ އަމުރުގެ ގޮތުގައި ކޯޓުން ނެރދެ ވިދާނ އަމުރުގެ ބާވަތްތަކާއި، ވަގުތީ އަމުރަށް އެދެވޭނެ ވަގުތާއި، އަދި ވަގުތީ އަމުރަށް އެދޭނެ ގޮތުގެ އިތުރުން، ވަގުތީ އަމުރާގުޅޭ ގިނަ އުޞޫލުތަކެއް ބަޔާންކޮށްފައިވެއެވެ.

33[ކޯޓު އަމުރު] އާއި އަދި [ވަގުތީ އަމުރު] ނެރުމާ ގުޅޭގޮތުން، މަދަނީ އިޖުރާއަތުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ އުޞޫލުތަކަށް ބަލާއިރު، ކޯޓު އަމުރާއި އަދި ވަގުތީ އަމުރަކީވެސ ވަކިކަމެއް ކުރުމަށް ނުވަތަ ވަކި ކަމެއް ނުކުރުމަށް އަންގައި ކޯޓުން ނެރޭ އަމުރެއްކަމާއި މިފަދަ އަމުރެއް، މައްސަލައެއް ކޯޓަށް ހުށަހެޅުމުގެ ކުރިންނާއި އަދި މައްސަލަ ކޯޓަށް ހުށަހެޅުމަށް ފަހުގައިވެސް ނެރެވިދާނެކަން އެނގެއެވެ. ނެކްސްބިޒް ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލުތައް ތަޠުބީޤުކުރުން:

34HN2ވަގުތީ އަމުރު ނެރުމުގައި ބަލަންޖެހޭ ޢާންމު ޝަރުޠުތަކެއްގެ ގޮތުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނެކްސްބިޒް ލިމިޓެޑް (އޮސްޓްރޭލިއާ) ވ. އެންޓި ކޮރަޕްޝަން ކޮމިޝަން ޤަޟިއްޔާގައި ކަނޑައަޅާފައިވާ ޝަރުޠުތަކަކީ:

11.3 ވަގުތީ އަމުރަށް އެދޭ ފަރާތަށް، ޤާނޫނީ ގޮތުން ޙިމާޔަތް ލިބެންޖެހޭ މައުޟޫޢީ ޙައްޤެއް ނުވަތަ ޤާނޫނީ މަރުކަޒެއް އޮތުމުގެ އިޙްތިމާލު ފާޅުކަން ބޮޑުގޮތެއްގައި ޤާއިމުވެގެންވުން؛

11.0 ވަގުތީ އަމުރު ނެރުމަކާ ނުލައި އަސްލު މައުޟޫޢީ ދަޢުވާ ލަސްވެގެން ހިނގައްޖެނަމަ، ކުރިމަތިވެދާނެ ނުރައްކަލެއް އޮތުން؛ އަދި

11.1 ވަގުތީ އަމުރަށް އެދޭ ފަރާތަކީ އެފަދަ އަމުރަކަށް އެދުމުގެ "ޞިފަތު" ނުވަތަ ޙައިޘިއްޔަތު ޤާނޫނީ ގޮތުން ލިބިފައިވާ ފަރާތެއްކަމުގައިވުން ކަންއެނގެން އޮވެއެވެ.

35ވަގުތީ އަމުރު ނެރުމާ ގުޅޭގޮތުން، ނެކްސްބިޒް ޤޟަ އްޔާގައި ކަނޑައަޅާފައިވި އިސްވާ ބަޔާންކުރެވުނު ޝަރުޠުތަކަށް ބަލާއިރު އެ ޝަރުޠުތަކަކީ، ކޯޓު އަމުރު ނެރުމުގައިވެސް ކޯޓުން ރިޢާޔަތްކުރަންޖެހޭނެ ޝަރުޠުތަކެކެވެ. އެކަން ނެކްސްބިޒް ޤަޟިއްޔާގެ އަޞްލަށް ބެލުމުންވެސް އެނގެއެވެ.

36އެގޮތުން، ސުޕްރީމް ކޯޓުގެ ނެކްސްބިޒް ލިމިޓެޑް (އޮސްޓްރޭލިއާ) ވ. އެންޓި ކޮރަޕްޝަން ކޮމިޝަން ޤަޟިއްޔާ އަށް ބަލާއިރު އެ ޤަޟިއްޔާއަކީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު (OTHR)95-B2/94/2012/1 ކޯޓު އަމުރުއަކީ، ޤާނޫނީ އަދި ޝަރުޢީ އުޞޫލުތަކާ ޚިލާފު އަމުރެއް ކަމަށް ބުނެ، އެ ކޯޓު އަމުރު ބާޠިލު ކޮށްދިނުމަށް އެދި ނެކްސްބިޒް ލިމިޓެޑް (އޮސްޓްރޭލިއާ) ގެ ފަރާތުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިލްތިމާސްކުރުމުން ބެލުނު މައްސަލައެކެވެ.

37ނެކްސްބިޒް ޤަޟިއްޔާއިން، ބުނެވިދިޔަ ހައިކޯޓުގެ ކޯޓު އަމުރު ބާޠިލުކޮށް، އެފަދަ އަމުރުތައް ނެރުމުގައި ބަލަންޖެހޭ ޝަރުޠތަކެއްގ ގޮތުގައެ އިސްވު ބަޔާންކުރެވުނު ޝަރުޠުތައް ކަނޑައެޅިއެވެ.

38އިސްތިއުނާފު ކުރެވިފައި މިވާ ސިވިލް ކޯޓުގެ ނަންބަރު B14/CN/2023/01-144 "ކޯޓު އަމުރާއިމެދު ނިންމިގޮތް" އަށް ބަލާއިރު މި އަމުރަކީ، އިސްތިއުނާފުކުރާ މާލެ ހައި ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި ދަޢުވާއަކާ ގުޅިގެން ކޯޓުން ނެރެދިނުމަށް އެދުނު އަމުރަކާ ގުޅިގެން ކޯޓުން ނިންމި ނިންމުމެކެވެ.

39އިސްތިއުނާފކުރު މާލާ ހައި ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި ދަޢުވާގެ އަސާސް ބިނާކޮށްފައިވަނީ، މާލެ ހައި ޕްރައިވެޓް ލިމިޓެޑުން މަންދު ކޮލެޖާ ހިންގަމުން ގެންދިޔަ، ކުރީގެ އެމް.އީ.އެސް ހިންގި ޢިމާރާތުގައި ހުރި އެ ކުންފުނީގެ އުފުލޭ އަދި ނުއުފުލޭ އެންމެހައި މުދަލުގެ މައްޗަށެވެ. މާލެ ހައި ޕްރައިވެޓް ލިމިޓެޑު ގެ ފަރާތުން، ކޯޓު އަމުރަކަށް އެދިފައިވަނީ، އެ މުދަލުން ތަޞައްރަފުކުރުން ހުއްޓު ވ މަށު މޯލްޑިވްސް ޕޮލިސް ސަރވިސް (ދިވެހި ފުލުހުންގެ ޚިދުމަތް) އާއި މިނިސްޓްރީ އޮފް އެޑިޔުކޭޝަނގު މައްޗަށް އަމުރުކޮށްދިނުމަށެވެ.

41[މުދަލުން ތަޞައްރަފުކުރުން ހުއްޓުވުމުގެ އަމުރު] އަކީ، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ ބާވީސް ވަނަ ބާބުގައި ވަގުތީ ފަރުވާއާއި ރައްކާތެރިކަމުގެ އަމުރު ބަޔާންކުރާ ބާބުގެ ދަށުން، އެ ޤާނޫނުގެ 010 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ ވަގުތީ އަމުރުގެ ގޮތުގައި ކޯޓަށް ނރެވިދާނ އަމުރުގެ ބާވަތްތަކުގެ ( 6) ވަނަ ނަނބަރުގ ގޮތުގައެ ބަޔާންކޮށްފައިވާ ބާވަތުގެ އަމުރެކެވެ. ސިވިލް ކޯޓުގެ ނަންބަރު 2023-CVC-2259 ޤަޟިއްޔާ (މި މައްސަލަ 21 ޑިސެނބަރް 0201 ގައި ސިވިލް ކޯޓުން ނިންމާފައިވެއެވެ. އަދި އެނިންމުން މާލެ ހައި ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފުކުރުމުން، ހައި ކޯޓުގެ ނަންބަރު 2024/HC-A/39 ޤަޟިއްޔާއިން އެ މައްސަލަ ހައިކޯޓުގައި ރަޖިސްޓްރީކޮށްފައިވެއެވެ.

40. އެހެންކަމުން، ނެކްސްބިޒް ޤަޟިއްޔާގައި ބަޔާންކުރާ، އަމުރަށް އެދުނު ފަރާތަށް ޤާނޫނީ ގޮތުން ޙިމާޔަތް ލިބެންޖެހޭ މައުޟޫޢީ ޙައްޤެއް ނުވަތަ ޤާނޫނީ މަރުކަޒެއް އޮތުމާއި، އަމުރު ނެރުމަކާ ނުލައި އަސްލު މައުޟޫޢީ ދަޢުވާ ލަސްވެގެން ހިނގައްޖެނަމަ، ކުރިމަތިވެދާނެ ނުރައްކަލެއް އޮތުމާއި އަދި އަމުރަށް އެދޭ ފަރާތަކީ އެފަދަ އަމުރަކަށް އެދުމުގެ "ޞިފަތު" ނުވަތަ ޙައިޘިއްޔަތު ޤާނޫނީ ގޮތުން ލިބިފައިވާ ފަރާތެއްކަމުގައި، ބެލުމެއްނެތި ކޯޓަށް އެފަދަ އަމުރެއް ނެރެވިދާނެ ހަމައެއް އޮތްކަމަށް ނުދެކެމެވެ.

41. ވީމާ، ނެކްސްބިޒް ޤަޟިއްޔާގައި ވަގުތީ އަމުރު ނެރުމާ ގުޅޭގޮތނު ކަނޑައަޅާފައިވް ޝަރުޠުތަކަށް ރިއާޔަތްކޮށް، އިސްތިއުނާފު ކުރެވިފައިމިވާ ސިވިލް ކޯޓުގެ ނަންބަރު B14/CN/2023/01-144 "ކޯޓު އަމުރާއިމެދު ނިންމިގޮތް" އެކޯޓުން ނިންމާފައިވަނީ، ޝަރުޢީ ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށް ބެލޭނެ ހަމައެއް އޮތްކަމަށް ނުދެކެމެވެ.

43އިސްތިއުނާފީ 0 (ދޭއް) ވަނަ ނުކުތާގައި މާލެ ހައި ޕްރައިވެޓް ލިމިޓެޑު ގެ ފަރާތުން ފާހަގަކޮށްފައިވަނީ، ނެކްސްބިޒް ޤަޟިއްޔާގައި ވަގުތީ އަމުރު ނެރުމާ ގުޅޭގޮތުން ކަނޑައަޅާފައިވާ އުޞޫލުތައް މި މައްސަލައަށް ތަޠުބީޤު ކުރެވިދާނޭކަމަށް ބެލިނަމަވެސް، ތަޠުބީޤުކުރުމުގައި މައްސަލައިގެ ވާޤިޢާތަކާއި، އަމުރަށް އެދޭ ފޯމުގައި ބަޔާންވެގެންވާ ކަންކަމަށް ރިޢާޔަތްކޮށްފައިވަނީ ނުބައިކޮށް، އެފޯމުގައވި facts material އޮޅުވާލައިގެން ކަމަށެވެ.

44HN4ނެކްސްބިޒް ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލުތައް މި މައްސަލައަށް ތަޠުބީޤުކރު މުގައި މައްސަލައިގު ވާޤިޢާތަށް އޮޅުވާލައިވާކަމަށް އިސްތިއުނާފުކުރާ ފަރާތުން ދެކޭ ސަބަބަކީ، އިސްތިއުނާފު ކުރެވިފައިމިވާ ނިންމުން ދަށު ކޯޓުން ނިންމި އިރު، ސިވިލް ކޯޓުން އޭ ގެ ކުރިން ނިންމާފައިވާ އެ ކޯޓުގެ ނަންބަރު 1097/Cv-C/2021 ޤަޟިއްޔާއާއި ޙަވާލާދީ، އަމުރާ ގުޅޭ މައުޟޫއީ ޤަޟިއްޔާގައި އިސްތިއުނާފުކުރާ ފަރާތަށް ޙިމާޔަތް ލިބެންޖެހޭ މައުޟޫޢީ ޙައްޤެއް ނުވަތަ ޤާނޫނީ މަރުކަޒެއް އޮތުމުގެ އިޙްތިމާލު ފާޅުކަން ބޮޑު ގޮތެއްގައި ޤާއިމުވެގެން ދާނީ، މައުޟޫޢީ ޤަޟިއްޔާގައި ގޮތެއް ކަނޑައެޅިގެން ކަމަށް ދެކޭތީ، އެ ސަބަބުގެ މައްޗަށް އުފައްދާފައިވާ އިސްތިއުނާފީ ބަހުޘެއްކަން، މި ނުކުތާގައި އިސްތިއުނާފުކުރާ މާލު ހއ ޕްރައިވެޓ ލިމިޓެޑގް ފަރާތުން ދެއްކި ވާހަކަ ތަކުން އެނގެއެވެ.

45އިސްތިއުނާފު ކުރެވިފައިމިވާ ނިންމުމުގައި، ސިވިލް ކޯޓުގެ ނަންބަރު 1097/Cv-C/2021 ޤަޟިއްޔާއަށް ޙަވާލާދީފައިވާ ސަބަބަކީ، އެ ޤަޟިއްޔާއަކީ މާލެ ހައި ޕްރައިވެޓް ލިމިޓެޑާއި މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ދައުލަތް) އާއި ދެމެދު، މާލެ އިންގްލިސް ސްކޫލް ކުއްޔަށް ދިނުމާ ގުޅޭގޮތުން ވެފައިވާ އެއްބަސްވުން، އެޑިޔުކޭޝަން މިނިސްޓްރީ އިން ބާޠިލުކުރުމާ ގުޅިގެން، އުފެދުނު ޚުޞޫމަތުގެ މައްޗަށް ބިނާވާ ޤަޟިއްޔާއެއްކަމާއި، އެ ޤަޟިއްޔާގައި، އެއްބަސްވުން ބާޠިލުކުރުމާއި ގުޅިގެން ގެއްލުމުގެ ބަދަލުގެ ގޮތުގައި -15,012,500/ރ. (ފަނަރަ މިލިއަން ބާރަހާސް ފަސްސަތޭކަ ރުފިޔާ) މާލެ ހައި ޕްރައިވެޓް ލިމިޓެޑަށް ދެއްކުމަށް ދައުލަތުގެ މައްޗަށް އަންގާފައިވާއިރު، އެ މައްސަލައިން ނަގައިދީފައިވާ ގެއްލުމުގެ ބަދަލުގެ ތެރޭގައި، މާލެ ހައި ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހިންގަމުން ގެންދިޔަ މަންދު ކޮލެޖުގެ ކިޔެވުން ކުރިޔަށް ގެންދިޔުމަށް ކުއްޔަށް ތަނެއް ހިފަން ޖެހުމުން ހިނގި ޚަރަދާއި އަދި އެތަނަށް ބޭނުންވާ އާލާތްތައް ހޯދުމުގެ ޚަރަދުވެސް އޭގެ ތެރޭގައި ހިމެނިފައިވާކަން އެ ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެއެވެ.

46މި ނުކުތާގައި އިސްތިއުނާފު ރައްދުވާ ދައުލަތުގެ ފަރާތުންވެސް ފާހަގަކުރި ގޮތަށް، މާލެ ހައި ޕްރައިވެޓް ލިމިޓެޑާއި މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ދައުލަތް) އާއި ދެމެދު، މާލެ އިންގްލިޝް ސްކޫލް ކުއްޔަށް ދިނުމާ ގުޅޭގޮތުން ވެފައިވާ އެއްބަސްވުން، އެޑިޔުކޭޝަން މިނިސްޓްރީ އިން ބާޠިލުކުރުމާ ގުޅިގެން، އުފެދުން ޚުޞޫމަތުގެ މައްޗަށް ތަފާތު އެތައް ގިނަ ދަޢުވާތަކެއް އިސްތިއުނާފުކުރާ ފަރާތުން ދަށު ކޯޓަށް ހުށަހަޅައި، އޭގެ ތެރެއިން ބައެއް މައްސަލަތައް ނިމި އަދި ބައެއް މައްސަލަތައް މިހާރުވެސް ޝަރުޢީ މަރުޙަލާގައި ކުރިއަށް ދެއެވެ.

47އެހެންކަމުން، ސިވިލް ކޯޓުގެ ނަންބަރު 1097/Cv-C/2021 ޤަޟިއްޔާއާއި ޙަވާލާދީ، އަމުރާ ގުޅޭ މައުޟޫޢީ ޤަޟިއްޔާގައި އިސްތިއުނާފުކުރާ ފަރާތށަ ޙިމާޔަތް ލިބެންޖެހޭ މއުޟޫޢަ ޙައްޤެއް ނުވަތަ ޤާނޫނީ މަރުކަޒެއް އޮތުމުގެ އިޚްތިމާލު ފާޅުކަން ބޮޑު ގޮތެއްގައި ޤާއިމުވެގެން ދާނީ، މައުޟޫޢީ ޤަޟިއްޔާގައި ގޮތެއް ކަނޑައެޅިގެނ ކަމަށް ދަށް ކޯޓުނު ނިންމް ނިންމުމަކީ، މި މައްސަލައިގެ ވާޤިޢިތައޭ އޮޅުވާލައިގެން ނިންމި ނިންމުމެއ ކަމަށް ބެލެވނ ހަމައެއް ނެތެވެ. މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 061 ވަނަ މާއްދާއާ ޚިލާފު ނިންމުމެއް ކަމަށް ބުނާ ބުނުން:

48އިސްތިއުނާފީ 1 (ތިނެއް) ވަނަ ނުކުތާގައި އިސްތިއުނާފުކުރާ ފަރާތުން ފާހަގަކޮށްފައިވަނީ، އަމުރާ މެދު ސިވިލް ކޯޓުން ނިންމި ނިންމުމުގައި، އަމުރަށް އެދުނު ފޯމުގައި ބަޔާންކޮށްފައިވާ ކަންކަމަށް ރިޢާޔަތް ކުރިގޮތް އެނގެން ނެތްކަމަށާއި، މިއީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 061 ވަނަ މާއްދާއާ ޚިލާފުވުންކަމަށާއި އަދި މާލެ ހައި ޕްރައިވެޓް ލިމިޓެޑގު ފަރާތުން ހުށަހެޅި އެއްވެސް ހެއްކަކަށް ރިޢާޔަތްކުރެއްވި ގޮތެއް އެނގޭކަށް ނެތްކަމަށެވެ.

49HN5މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 061 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ އަންނަނިވި ފަދައިންނެވެ. [ދަޢުވާއެއްގައި، އެއް ކަމަކަށްވުރެ ގިނަ ކަންކަން ހިމެނޭނަމަ، މައްސަލައިގެ ޙުކުމް ކުރުމުގައި، އެއިން ކޮންމެ ކަމަކަށް ގޮތެއް ކަނޑައަޅާފައި އޮންނަންވާނެއެވެ. އަދި، އެއިން ކޮންމެ ނިންމުމަކަށް ފަނޑިޔާރު ވާސިލުވި ސަބަބު ބަޔާންކޮށްފައި އޮންނަންވާނެއެވެ. އަދި އެއްވެސް ޙާލެއްގައި، އެއް ކަމަކަށްވުރެ ގިނަ ކަންކަން ހިމެނޭ ދަޢުވާއެއްގައި، އެ ދަޢުވާއެއްގެ އެންމެ ނުކުތާ އަކަށް ބިނާކޮށް ކޯޓުން ނިންމުމެއް ނިންމައިގެންނުވާނެއެވެ. ] މިފަދައިންނެވެ.

51އިސްވެ ބަޔާންކުރެވުނު މާއްދާއާ ޙަވާލާދީ އިސްތިއުނާފީ 1 (ތިނެއް) ވަނަ ނުކުތާގެ ތަފްޞީލުގައި މާލެ ހައި ޕްރައިވެޓް ލިމިޓެޑގު ފަރާތުން ފާހަގަކޮށްފައިވަނީ، ދަށު ކޯޓުން އަމުރާމެދު ގޮތް ނިންމިއިރު، އިސްތިއުނާ ފުކުރާ ފަރާތުން ދަށު ކޯޓުގައި ފާހަގަކޮށްފައިވާ، ޤާނޫނލު ޢް ޤޫބާޠުގު 012 ވަނަ މާއްދާގައި ބަޔާންކުރާ ޓްރެސްޕާސްކުރުމުގ މައްސަލެ ހުއްޓުވުމަކަށް ގެނައުމާއި، ޕްރޮޕްރިއޭޓަރީ އެސްޓޮޕެލް )Estoppel Proprietary( ގެ ދަށުން ފާހަގަކޮށްފައިވާ ކަންކަމާއި، ޤާނޫނުއަސާސީގެ 02 ވަނަ މާއްދއާއާ 11 ވަނަ މާއްދާގެ (ހ) ގެ ދަށުން ފާހަގަކޮށްފައިވާ ކަންކަމާއި އަދ ޤާނޫނުއަސާސީގެ 311 ވަނަ މާއްދާއާ ގުޅިގެން ހުށަހަޅާފައިވާ ނުކުތާގެ މައްޗަށް ދަށު ކޯޓުން ގޮތް ނިންމާފައިވާ ނުވާކަމަށެވެ. އެހެންކަމުން، ދަށު ކޯޓުގެ ނިންމުމަކީ، މަދަނީ އިޖުރާއަތުގެ ޤާނޫނުގަ 061 ވަނަ މާއްދާއާ ޚިލާފު ނިންމުމެއް ކަމަށެވެ.

50. މި އިސްތިއުނާފުގައި ބަހުޘްކުރަން ޝަރީޢަތުގެ ކުރިމަތގައ އޮތި މައްސަލައަކީ، މައުޟޫޢީ ޤަޟިއްޔާއެއްގއަ އެ މައްސަލައިގެ މައުޟޫގެ މައްޗަށް ނިންމާފައިވާ ނިންމުމެއް ނޫނެވެ. ޝަރީޢތުގަ ކުރިމަތީގައި އޮތީ، މައުޟޫޢީ މައްސަލައެއްގެ ތެރެއިން ނެރެދިނުމަށް އެދުނު އަމުރަކާ ގުޅިގެން ދަށު ކޯޓުން ނިންމި ނިންމުމެކެވެ.

51. އެގޮތުން، އިސްތިއުނާފު ކުރެވިފައިމިވާ ސިވިލް ކޯޓުގެ ނަންބަރު B14/CN/2023/01-144 "ކޯޓު އަމުރާއިމެދު ނިންމިގޮތް" އަށް ބަލާއިރު، މާލެ ހައި ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ނެރެދިނުމަށް އެދުނު އަމުރު އެހިނދަށް ނެރެދެވެން ނެތްކަމަށް ކަނޑައަޅައި ނިންމި ނިންމުގައި، ޝަރީޢަތުން އެނިންމުމަށް ވާޞިލުވި ސަބަބުތައް ބަޔާންކޮށްފައިވެއެވެ.

53އެގޮތުން، ނެކްސްބިޒް ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލުތަކަށް ރިޢާޔަތްކޮށް، އެ އުޞޫލުތައް މި މައްސަލައަށް ތަޠބީޤުކޮށު މާލް ހައި ޕްރައިވެޓް ލިމިޓެޑްގެ ފަރު ތުން ނެރެދިނުމަށް އެދުނު އަމުރާ އެހިނދަށް ނެރެދެވެން ނެތްކަމަށް ޝަރީޢަތުން ކަނޑައަޅާފައިވަނީ، ޝަރީޢަތަށް ހުށަހެޅިފައިވާ މައްސަލައިގެ މައްޗަށާއި އަދި އަމުރަށް އެދި ހުށަހެޅި ސަބަބުތަކުގެ މައްޗަށް ރިޢާޔަތްކޮށް ކަން އެ ނިންމުމަށް ބެލުމުން އެނގެއެވެ.

54މި ނިންމުމުގެ (ފަންސާސް) ވަނަ ނުކުތާގައި ޝަރީޢަތުން ފާހަގަކޮށްފައިވާ ކަންކަމަކީ، އިސްތިއުނާފުކުރާ މާލެ ހައި ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އަމުރަށް އެދި ދަށު ކޯޓަށް ހުށަހެޅި ފޯމުގައި އަމުރަށް އެދޭ ސަބަބުގެ ގޮތުގައި ބަޔާންކޮށްފައިވާ ސަބަބުތަކެވެ. އެއީ، އެ ފޯމުގެ 1.3 އިން ފެށިގެން 1.6 އާ ހަމައަށް ފާހަގަކޮށްފައިވާ ޕެރެގްރާފްތަކުގައ ބަޔާންކުރި ކަންކަމެވެ.

55އިސްތިއުނާފުކުރާ ފަރާތުން މި ނުކުތާގައި ފާހަގަކުރާ ސަބަބުތަކަކީ، އިސްތިއުނާފުކުރެވިފައި މިވާ އަމުރާގުޅޭ މައުޟޫޢީ މައްސަލައިގައި ވެސް އިސްތިއުނާފުކުރާ ފަރާތުން ހޯދުމަށް އެދޭ ފަރުވާއގުޅޭ ގޮތުން ބަޔާންކުރާ ސަބަބު ތަކުގެ ތަފްޞީލުގައި އިސްތިއުނާފުކުރާ ފަރާތުން ފާހަގަކޮށްފައިވާ ކަންކަމެވެ. މައުޟޫޢީ މައްސަލައިން ހޯދުމަށް އެދޭ ފަރުވާއާ ގުޅޭ ސަބަބުތަކުގެ މައްޗަށް ގޮތް ކަނޑައެޅޭނެ ފަދައަކުން، އެ މައްސަލާއާ ގުޅިގެން ނެރެދިނުމަށް އެދިފައިވާ އަމުރެއްގެ ތެރެއިން ނިންމާ ނިންމުމެއްގައި، ބަހުޘްކޮށް ނިންމުންތަކެއް ނިންމޭނެ ކަމަށް ނުދެކެމެވެ. މައްސަލަ ނިންމަން ފެންނަގޮތް:

56ބަޔާންވެދިޔަ ސަބަބުތައް އެފަދައިން ހުރުމުން، ސިވިލް ކޯޓުގެ ނަންބަރު B14/CN/2023/01-144 "ކޯޓު އަމުރާއިމެދު ނިންމިގޮތް" އަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތްކަމަށް ކަނޑައަޅައި މައްސަލަ ނިންމަން ފެނެއެވެ.

ފަނޑިޔާރު މުޙައްމަދު ނިޔާޒުގެ ރައުޔު

57ސިވިލް ކޯޓުގެ ނަންބަރު:2023-CVC-2259 ޤަޟިއްޔާ އިން އިސްތިއުނާފު ކުރެވިގެން މިބަލާ ވަގުތީ އަމުރަކީ، ސިވިލް ކޯޓުގެ މިދެންނެވި ޤަޟިއްޔާގެ މައުޟޫއާއި ގުޅު ވައި ނެރެދިނުމަށް އެދި ހުށަހެޅި ކޯޓު އަމުރެކެވެ.

58ސިވިލް ކޯޓުގެ މިދެންނެވި ޤަޟިއްޔާއާއި ގުޅިގެން، ދަޢުވާ ރައްދުވި ދައުލަތުގެ ފަރާތުން ދަޢުވާގެ ދިފާޢު އެދިފާޢު ހުށަހަޅަންޖެހޭ މުއްދަތުގައި ހުށަހަޅާފައި ނެތްކަމަށް ބުނެ، އެޤަޟިއްޔާ ނިންމާފައިވަނީ "ޣއިރަ ޙާޟިރުގައި ކުރާ ޙުކުމް" އެއްގެ ދަށުންނެވެ. ނަމަވެސް އެޙުކުމް ކޮށްފައި އޮތީ، ދަށު ކޯޓުގައި ދަޢުވާ އުފުލި މާލެ ހައި ޕްރައިވެޓް ލިމިޓެޑް އާ ދެކޮޅަށެވެ.

59އެހެންވެ، ސިވިލް ކޯޓުން އެނިންމ ނިންމުނި ރނަ ގަޅު ނޫންކަމަށް ބުނެ، މާލެ ހައި ޕްރައިވެޓް ލިމިޓެޑގު ފަރާތުން ސިވިލް ކޯޓުގެ ނަންބަރު:2023-CVC-2259 ޤަޟިއްޔާގައި "ޣައިރު ޙާޟިރުގައި ކުރާ ޙުކުމް" ކޮށްފއިވަނަ މަދަނީ އިޖުރާއަތުގެ ޤާނޫނާއި ޚިލާފަށް ކަމަށް ބުނެ މިކޯޓުގައި އިސްތިއުނާފު ކުރިއެވެ. އެޤަޟިއްޔާ މިކޯޓުން ބެލީ މިކޯޓުގެ ނަންބަރު:9A/3-2024/HC ޤަޟިއްޔާއިންނެވެ.

61މިދެންނެވި، ހައިކޯޓުގެ ނަންބަރު:9A/3-2024/HC ޤަޟިއްޔާގައި އަހުރެންނަށް ބުރަވެވުނީ، ސިވިލް ކޯޓުގެ ނަންބަރު:2023-CVC-2259 ޤަޟިއްޔާގައި، އެދަޢުވާ ރައްދުވި ދައުލަތުން މަދަނީ އިޖުރާއަތުގެ ޤާނޫނުގައި ބަޔާންކުރާ މުއްދަތުގައި ދަޢުވާގެ ދިފާޢު ހުށަހަޅާފައި އޮތްކަމަށެވެ. އަދި ބަހުޘްގެ ބޭނުމަށް އެމުއްދަތުގައި ދޭ ފާޢު ހުށަހެޅިފައި ނެތްކަމަށް ބެލިނަމަވެސް، "ޣައިރު ޙާޟިރުގައި ކުރާ ޙުކުމް" ސިވިލ ކޯޓުން ކޮށްފައިވަނީ "ދަޢުވާގެ ދިފާޢު" ހުށަހެޅި ފަހުން ކަމަށްވާތީ، މިމައްސަލައިގައި ޝަރީޢަތް ކުރަންޖެހޭ ކަމަށެވެ. އޭގެ ތަފްޞީލުތައް މިދެންނެވި ހައިކޯޓުގެ ޤަޟިއްޔާގައި އަހުރެނ ބަޔާން ކޮށްފައިވާނެއެވެ. ކޯޓު އަމުރާއި ގުޅޭ:

60. މަދަނީ އިޖުރާއަތުގެ ޤާނޫނުގެ "އެކާވީސްވަނަ ބާބު" އަކީ ކޯޓު އަމުރެއް ހޯދައިގެން ކުރަންޖެހޭ ކަމެއް ކުރުމަށް ޓަކައި ފަނޑިޔާރަކު ކިބައިން ހޯދަންޖެހޭ ހުއްދައެއް ނުވަތަ ފަނޑިޔާރަކު ކުރަންޖެހޭ އަމުރެއް ހޯދުމަށްޓަކައި ކޯޓަށް ހުށަހަޅަންޖެހޭ ގޮތާއި ހުށަހަޅަންޖެހޭ ކޯޓާއި މިނޫންވެސް އެފަދަ ހުށަހެޅުމެއް ހުށަހެޅުމުން، ޢަމަލު ކުރަންޖެހޭ ޢާންމު އުޞޫލތައު ބަޔާން ކުރް ބާބެކެވެ. އެކަން އެބާބުން ސާފުވެއެވެ.

61. މިގޮތުން ކޯޓަށް ހުށަހެޅިފައިވާ ދަޢުވާއަކާއި ގުޅިގެން، ދަޢުވާގެ މައުޟޫޢު subject matter)( ރައްކާތެރިކޮށް ދިނުމަށް އެދޭ ޙާލަތުގައިވެސް ހުށަހަޅަންޖެހޭނީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ "އެކާވީސްވަނަ ބާބު" ގެ ދަށުން "ކޯޓު އަމުރު" އަކަށް އެދި ހުށަހަޅާ ފޯމެކެވެ. އެއީ ސިވިލް ކޯޓުގައި ނަމަ، އެކޯޓުގެ މަދަނީ އިޖުރާއަތުގެ ޤަވާއިދުގައި ބަޔާންކުރާ ފޯމް 13 އެވެ.

63ސިވިލް ކޯޓުގެ މަދަނީ އިޖުރާއަތުގެ ޤަވާއިދުގެ 13 ވަނަ ފޯމް އިން، މަދަނީ އިޖުރާއަތުގެ ޤާނޫނު ބަޔާން ކުރާ ފަނޑިޔާރެއްގެ ހުއްދައެއް ނުވަތަ ފަނޑިޔާރަކު ކުރާ އަމުރެއް ހޯދައިގެން ކުރަންޖެހޭ ކޮންމެ ކަމެއް ކުރުމަށްއެދި ހުށަހެޅޭނެއެވެ. "ކޯޓު އަމުރު"ގެ ބާވަތުގައި އެ އެދެނީ ކޮންބާވަ ތެއްގެ އަމުރެއްކަން ބަޔާން ކުރުމާއިއެކު އެބާވަތެއްގެ އަމުރަކާއި ގުޅިގެން، މަދަނީ އިޖުރާއަތުގެ ޤާނޫނުގައި ނުވަތަ ޤަވާއިދުގައި ބަޔާންކުރާ އެހެނިހެން މަޢުލޫމާތު ފުރިހަމަކޮށް ހުށަހެޅުމުން ކޯޓު އަމުރަކަށް އެދި ހުށަހެޅުނީ ކމުގައަ ބެލޭނެއެވެ. މިގޮތުން "ވަގުތީ ފަރުވާ" (interim remedies) ތަކުގެ ތެރޭގައި ހިމެނޭ ވަގުތީ އަމުރު ction)n(temporary inju ފަދަ އަމުރުތަކަށްވެސ އެދް ހުށަހަޅައި ކުރިއަށްގެންދާނީ "އެކާވީސް ވަނަ ބާބު" ގައި ބަޔާން ކުރާ ޢާންމު އިޖުރާއަތުގެ ތެރެއިން، ވަގުތީ އަމުރާއި ގުޅޭ ގޮތުން "ބާވީސްވަނަ ބާބު" ގައި އެފަދަ ވަގުތީ އަމުރެއް ނެރެދިނުމަށް އެދި ހުށަހަޅާ ހުށަހެޅުމެއްގައިފުރިހަމަވާންޖެހޭ ކަމަށް ބަޔާންކުރާ ޚާއްޞަ ޝަރުޠުތަކުގެ މައްޗަށް ބިނާކޮށެވެ. މިސާލަކަށް؛ "މުދަލުން ތަޞައްރަފު ކުރުން ހުއްޓުވުމުގެ އަމުރެއް" ނެރެދިނުމަށް އެދި "ކޯޓު އަމުރު"އަކަށް އެދް ހުށަހަޅި ފޯމަ13 އިން ހުށަހެޅުމުން، އެފަދަ އަމުރަކަށް އެދޭއިރު، ބާރުދޭ ހެކީގެ ގޮތުގައި ހުށަހަޅަންޖެހޭ އެފިޑެވިޓް ހުށަހަޅާފައި ވާންޖެހޭނެއެވެ.

64މި އުޞޫލުން ބަލާއިރު، ސިވިލް ކޯޓުގެ މަދަނީ އިޖުރާއަތުގެ ޤަވާއިދުގައި "ވަގުތީ އަމުރަށް އެދޭ ފޯމް" (ފޯމް

10) އޮންނަންޖެހޭ ކަމަށް ބުރައެއް ނުވެވެއެވެ. ފޯމް 13 އާއި ފޯމް 10 ތަޢާރަފު ކޮށްފައި އޮތުމުން، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ "އެކާވީސްވަނަ ބާބު" (ކޯޓު އަމުރު) އާއި "ބާވީސްވަނަ ބާބު" ގައި ބަޔާން ކުރާ "ވަގުތީ ފަރުވާއާއި ރައްކާތެރިކަމުގެ އަމުރު" އަކީ ކޮބައިކަން އޮޅި ވާހަކަ ދެކެވެނީ މުޅިން ތަފާތު މައުޟޫއެއްގެ މައްޗަށް ކަމަށް ހީވާ ގޮތް ވެއެވެ.

65ނަމަވެސް، ޙަޤީޤަތަކީ، "އެކާވީސްވަނަ ބާބު" ގައި ބަޔާން ކުރަނީ "ބާވީސ ވަން ބާބު" ގައި ބަޔާން ކުރާ "ވަގުތީ ފަރުވާ" ތަކުގެ ތެރެއިން ފަރުވާއަކަށް ނުވަތަ "ރައްކާތެރި ކަމުގެ އަމުރެއް" ގެ ގޮތުގައި ކޯޓު އަމުރެއް ހޯދުމަށް ހުށަހަޅާނެ ގޮތެވެ. އަދި އެނޫންވެސް ގިނަ ކަންކަމަށް ކޯޓު އަމުރު ހޯދަންޖެހޭ ޙާލަތްތައް މަދަނީ އިޖުރާއަތުގެ ޤާނޫނުގައި ބަޔާން ކުރެއެވެ. މިސާލަށ ފައިސް ދެއްކުމުގެ އަމުރެއް ދަޢުވާލިބޭ ފަރާތާއި ދެކޮޅަށް ނެރެދިނުމަށް މައްސަލައިގެ ތެރެއިން އެދުންފަދަ، ދަޢުވާ ފެށުމުގެ ކުރިން ހެކި ހާމކޮށްދިނުމަށް އަމުރުކޮށަ ދިނުންފަދަ ތަފާތު އެކި ކަންކަމަށް އަމުރުކޮށްދިނުމަށް އެދެވިދާނެކަން "ބާވީސ ވަން ބާބު"އަށް ބެލމު ނ އެނގެއެވެ.

66ވީމާ، ސިވިލް ކޯޓުގެ ނަންބަރު:2023-CVC-2259 ޤަޟިއްޔާގެ ޝަރީޢަތް ހިންގަންޖެހޭ ކަމަށް އަހުރެންނަށް ބުރަވެވޭތީ، މި ދަޢުވާ އެމައްޗަށް ބިނާވާ މައުޟޫޢު (subject matter) ރައްކާތެރިގޮތުގައި ބާއްވަންޖެހޭ ކަމަށް އަހުރެންނަށް ބުރަވވެ އެވެ. މަދަނީ އިޖުރާއަތުގެ ޤާނޫނުގެ މާއްދާ 011(ނ) އާއި މާއްދާ 111(ހ)(0.)

67މިމައްސަލައިގެ ތެރެއިން، މާލެހައި ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން ދަށު ކޯޓަށް ހުށަހެޅީ "ކޯޓު އަމުރު"އަށް އެދޭ ފޯމް 13 މެދުވެރިކޮށެވެ. ނަމަވެސް އެފޯމްއަށް ބަލާއިރު، ނެރެދިނުމަށް އެދިފައިވާ އަމުރުގެ ބާވަތް ކަމަށް ބަޔާން ކޮށްފައިވަނީ "މުދަލުން ތަޞައްރަފު ކުރުން ހުއްޓުވު"މުގެ އަމުރެކެވެ. އެއީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ ބާވީސް ވަނަ ބާބުގެ ދަށުން ބަޔާންކުރާ "ރައްކާތެރިކަމުގެ އަމުރު" preservation of relevant property/subject matter) (interim ގެ ތެރޭގައި ހިމެނޭނެ ކަމެކެވެ.

68މުދަލުން ތަޞައްރަފު ކުރުން ހުއްޓުވުމުގެ އަމުރަކަށް އެދޭނަމަ، މަދަނީ އިޖުރާއަތުގެ ޤާނޫނުބަޔާން ކުރާގޮތުން، ބާރުދޭ ހެކީގެ ގޮތުގައި ހެކި ހުށަޅަންޖެހެނީ އެފިޑެވިޓް މެދުވެރިކޮށެވެ. އެފިޑެވިޓް އޮންނންވަ ގޮތާއި އެފިޑެވިޓްއަކީ ކޮބައިކަން މަދަނީ އިޖުރާއަތުގެ ޤާނޫނުގައި ބަޔާން ކުރެއެވެ.

69މިމައްސަލައިގައި، ކޯޓުއަމުރަކަށް އެދި ހުށަހެޅި ހުށަހެޅުމާއިއެކު ވަގުތީ ފަރުވާގެ ތެރެއިން ނެރެދެވޭނެ އަމުރަކަށް އެދި ހުށަހަޅައި ބަޔާން ކޮށްފައިވާ ހުރިހާ ކަންކަމަކަށް ފަރުވާއެއް ކޯޓުން ދެވެން ނެތްނަމަވެސް، ކުރިން ބަޔާން ކުރިހެން، ދަޢުވާގެ މައުޟޫޢު މިދަޢުވާއާމެދު ފައިޞަލާކޮށް ނިމެންދެން ރައްކާތެރި ކޮށްދޭންޖެހެއެވެ. ޚާއްޞަކޮށް، އެ މައުޟޫޢު ރައްކާތެރިނުކޮށްފިނަމަ، އޭގެ ސަބަބުން ދެން ކުރިމަތިވާނެ އޮޅުންތަކާއި ތަކުރާރުކޮށް އެއްކަމެއްގެ މައްޗަށް ދަޢު ވާތައ ބިނާވެގެން ދިއުން ހުއްޓުވުމަށްވެސް ދަޢުވާގެ މައުޟޫޢު ރައްކާތެރި ކުރަންޖެހޭކަމަށް ދެކމެ ވެ. ޚާއްޞަކޮށް މާލެ ހައި ޕްރައިވެޓް ލިމިޓެޑގު ފަރާތުން ފާހަގަ ކުރިހެން، ދަޢުވާގެ މައުޟޫޢު ރައްކާތެރި ނުކުރެވިއްޖެނަމަ، ތިންވަނަ ފަރާތެއްގެ ޙައްޤުތަކެއް މިމައުޟޫޢުގެ ތެރެއިން އުފަންވެ އިތުރަށް މިމައްސަލަ އޮޅުންބޮޅުންވާނެއެވެ. ވީމާ، ދަޢުވާގެ އެމައްޗަށް ބިނާވާ ސީދާ މައުޟޫޢު (the very subject matter of the dispute) އާމެދު އިތުރު ތަޞައްރަފު ތަކެއް ނުކުރެވޭނެހެނ އެކަން ކުރުން ހުއްޓުވޭނެ ގޮތަކަށް ރައްކާތެރިކޮށް (preserve) ދެވެންޖެހޭކަމަށް ދެކެމެވެ. މަދަނީ އިޖުރާއަތުގެ ޤާނޫނުގެ މާއްދާ 011(ނ) އާއި މާއްދާ 111(ހ)(0.) މަދަނީ އިޖުރާއަތުގެ ޤާނޫނުގެ މާއްދާ 111 އަދި 10.(ލ).

71ވީމާ، މާލެ ހައި ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހުށަހަޅާފައިވާ ފަދައިން މިދަޢުވާގެ މައުޟޫޢު އެމައްޗަށް ބިނާވާ އަސާސްކަމުގައިވާ އެމް. އީ. އެސް ހިންގި ޢިމާރާތް މިހާރު ހުރި ހާލަތުގައި ބެހެއްޓުމަށާއި ތިންވަނަ ފަރާތަކާއެކު އެއްވެސް މުޢާމަލާތެއް ނުކުރުމަށް ކޯޓުން އަމުރެއް ނެރެދިނުމަށް، ޤާނޫނުގައި ބަޔާން ކުރާ ޝަރުޠު ފުރިހަމަވާގޮތަށް އަލުން ހުށަހަޅައިފިނަމަ، އެފަދަ އަމުރެއް ނެރެންޖެހޭ ކަމަށް ބުރަވެވޭތީ، އެގޮތަށް އަންގައި މިމައްސަލަ ދަށު ކޯޓަށް ތަހުވީލު ކުރަންޖެހޭ ކަމަށް އަހުރެން ދެކެމެވެ.

ފަނޑިޔާރު ޙަސަން ޝަފީޢުގެ ރައުޔު

70. މި މައްސަލާގައި ފަނޑިޔާރު މުޙައްމަދު ސަލީމް ގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ. އިސްތިއުނާފުކުރުމުގެ އިޖުރާއަތު ބަޔާންކޮށްދިނުން:

71. މި ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި ޙުކުމްކުރުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ އިސްތިއުނާފުކުރުމުގެ ޙައްޤު މައްސަލައިގެ ޚަސްމުންނަށް ލިބިގެންވެއެވެ. އާންމު އުޞޫލެއްގެ ގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް މައްސަލަ އިސްތިއުނާފުކުރުމަށް ހުށަހެޅޭނީ ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމުން ނިންމާތާ 12 (ތިރީސް) ދުވަހުގެ ތެރޭގައެވެ. މި މުއްދަތުގެ ތެރޭގައި ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ޙަވާލުކޮށްފައިނުވާނަމަ، އިސްތިއުނާފުކުރުމުގެ މުއްދަތު ގުނަން ފަށާނީ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ޙަވާލުކުރާ ތަރީޚުން ފެށިގެންނެވެ. އެހެނަސް، ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ ޚުލާޞާއަށް ބިނާކޮށްވެސް އިސްތިއުނާފަށް ހުށަހެޅިދާނެއެވެ. މިކަމުގައި ދެވޭ އިސްތިސްނާ މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 0203/10)ގެ 011 ވަނަ މާއްދާގެ (ރ) ގައި ބަޔާންކުރެއެވެ. މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 0203/10)ގެ 011 ވަނަ މާއްދާގެ (ހ) މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 0203/10)ގެ 011 ވަނަ މާއްދާގެ (ށ) މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 0203/10)ގެ 011 ވަނަ މާއްދާގެ (ނ)

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

ޝަރީޢަތުގެ ވީޑިއޯ

ހައިކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޝެއަރ ކުރައްވާ