މުޙައްމަދު ޒަކީ ވ. މިނިސްޓްރީ އޮފް ޓުއަރިޒަމް
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- ސިވިލް ކޯޓު 2123/Cv-C/2020
- ފަހުގެ ތާރީޚު
- ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް
ކޯ ޓާމްސް
ޚުލާޞާ
- ކޯޓަށް އައި ގޮތް
- އެއްބަސްވުމާ ދައުލަތުން ޚިލާފުވިކަމަށް ބުނެ ގެއްލުމުގެ ބަދަލު ހޯދުމަށް ކުރި ދަޢުވާގައި އެދިފައިވާ ކަންކަން އެ ގޮތަށް ކަނޑައަޅާނެ ހަމައެއް ނެތްކަމަށް ސިވިލް ކޯޓުން ޙުކުމްކޮށް، ދަޢުވާކުރި ފަރާތުގެ ޝަފަހީ ހެކިން ހާޒިރު ނުކުރެއެވެ.
- ވާޤިޢާ
- ރަށެއް ޓޫރިސްޓް ރިޒޯޓެއްގެ ގޮތުގައި ތަރައްޤީކުރުމަށް ކުއްޔަށް ދިނުމުގެ މުޤާބިލުގައި ސީ.އެސް.އާރު ޕްރޮޖެކްޓެއް ކުރުމަށް 2012 ގައި ދައުލަތާ އެއްބަސްވުމެއް ވެފައިވެއެވެ. 2014 ގައި ސީ.އެސް.އާރު ޕްރޮޖެކްޓުގެ ބަދަލުގައި އެކުއިޒިޝަން ކޮސްޓް ދައްކާ، ސީ.އެސް.އާރު އެއްބަސްވުން ނިމުމަކަށް ގެނައުމަށް މިނިސްޓްރީ އޮފް ޓޫރިޒަމުން ހުށަހެޅި ހުށަހެޅުން އިސްތިއުނާފުކުރި ފަރާތުން ލިޔުމުން ޤަބޫލުކުރި ނަމަވެސް، ޖޮއިންޓް ވެންޗަރ އެއްބަސްވުމުގެ ކުރިން ދައްކަންޖެހޭ 20% ދައްކާފައި ނުވެއެވެ.
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ރިޒޯޓު ތަރައްޤީކުރުމަށް ރަށެއް ކުއްޔަށް ދިނުމުގެ މުޤާބިލުގައި ސީ.އެސް.އާރު ޕްރޮޖެކްޓެއް ކުރުމަށް ވެވުނު އެއްބަސްވުން، އެ ޕްރޮޖެކްޓުގެ ބަދަލުގައި އެކުއިޒިޝަން ފީ ދެއްކުމަށް ދައުލަތުން ހުށަހެޅި ހުށަހެޅުން ޤަބޫލުކުރުމުން ނިމުމަކަށް އައީތޯ، އަދި ދަޢުވާ ރައްދުވާ ފަރާތާ ބެހޭ ގޮތުން ދަށުކޯޓުން ފާހަގަކުރި ކަމަކީ ހައިސިއްޔަތުގެ މައްޗަށް ދަޢުވާ ނިންމުމެއްތޯ، އަދި ދަޢުވާކުރި ފަރާތުގެ ހެކިން ހާޒިރުނުކޮށް ނިންމުމުގައި ޤާނޫނީ ގޯހެއް ވޭތޯ.
- ޚަޞްމުންގެ ހުށަހެޅުންތައް
- އިސްތިއުނާފުކުރި ފަރާތުން ބުނީ ސީ.އެސް.އާރު އެއްބަސްވުން އަދިވެސް ދެމިއޮތް ކަމަށާއި، ދަށުކޯޓުން ކޮންޓްރެކްޓާބެހޭ ޤާނޫނާ ޚިލާފަށް ކަންހިނގި ގޮތަށް ރިޢާޔަތްނުކޮށް ނިންމި ކަމަށާއި، ހައިސިއްޔަތުގެ ސުވާލު ޝަރީޢަތުގެ ކުރިން ނިންމަންޖެހޭ ކަމަށާއި، ހެކިން ހާޒިރުނުކުރުން ފަނޑިޔާރުންގެ ޤާނޫނާ ޚިލާފު ކަމަށެވެ. ދައުލަތުން ބުނީ ހުށަހެޅުން ޤަބޫލުކުރުމާއެކު ސީ.އެސް.އާރު އެއްބަސްވުން ދެފަރާތުގެ އެއްބަސްވުމުން ނިމުނު ކަމަށާއި، އޮފަރ ލެޓަރގެ ޝަރުޠު ފުރިހަމަނުކުރާތީ އެއްވެސް އެއްބަސްވުމެއް ވުޖޫދުގައި ނެތް ކަމަށެވެ.
- ކޯޓުގެ ސަބަބުތައް
- ސީ.އެސް.އާރު އެއްބަސްވުން ނިމުމަކަށް ގެނައުމަށް ދައުލަތުން ހުށަހެޅި ހުށަހެޅުން އިސްތިއުނާފުކުރި ފަރާތުން ޤަބޫލުކުރުމަށްފަހު އެ އެއްބަސްވުމާ ޚިލާފުވިކަމަށް ބުނެ ދަޢުވާކުރެވޭނެ ހަމައެއް ނެތުމާއި، ފައިސާ ދެއްކުމުގެ މުއްދަތު ހުށަހެޅުމުން ސާފުވުމާއި، ދަޢުވާ ރައްދުވާ ފަރާތާ ބެހޭ ފާހަގަކުރުމަކީ ހެކިން ހާޒިރުނުކުރި ސަބަބު ބަޔާންކުރުމެއް ކަމުގައިވާތީ، ސިވިލް ކޯޓުގެ ނިންމުމުގައި ގޯހެއް ނެތްކަމަށް ކަނޑައެޅިއެވެ.
ނިންމުން
ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައިއިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 އެއްބަސްވުމެއް ނިމުމަކަށް ގެނައުމަށް އަނެއް ފަރާތުން ހުށަހެޅި ހުށަހެޅުން ގަބޫލުކޮށްފައިވާކަން އެނގެން އޮތްނަމަ، އެފަދައިން ގަބޫލުކުރުމަށްފަހު، އެ އެއްބަސްވުމާ އަނެއް ފަރާތުން ޚިލާފުވީކަމަށް ބުނެ ދަޢުވާކުރެވިދާނެ ޤާނޫނީ ހަމައެއް ނެތެވެ.
HN2 ހުށަހެޅުމުގައި ޖޮއިންޓް ވެންޗަރ އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން 30 (ތިރީސް) ދުވަހުގެ ތެރޭގައި ފައިސާ ދައްކަންޖެހޭނެ ކަމަށް ބަޔާންކޮށްފައިވާއިރު، އެ އިބާރާތުން ދޭހަވަނީ، އެ ހުށަހެޅުން ރައްދުވާ ތާރީޚުން ފެށިގެން 30 (ތިރީސް) ދުވަސް އެފައިސާ ދެއްކުމުގެ މުއްދަތުގެ ގޮތުގައި ކަނޑައަޅާފައިވާކަމެވެ.
HN3 ދަޢުވާ ރައްދުކުރަންޖެހޭ ފަރާތް ނޫން ފަރާތެއްގެ މައްޗަށް ދަޢުވާ ރައްދުކޮށްފައިވާ ކަމަށް ދަށުކޯޓުން ބަޔާންކޮށްފައިވަނީ ހެކިން ހާޒިރު ނުކުރުމަށް ދަށު ކޯޓުގެ ފަނޑިޔާރަށް ފެނުނު ސަބަބު ބަޔާންކުރުމުގެ ގޮތުން، މައްސަލައިގެ މައުޟޫއުގައި ގޮތް ކަނޑައެޅުމަށްފަހު ނަމަ، އެއީ އެ ސަބަބުން ދަށުކޯޓުން މައްސަލައިގެ މައުޟޫއުގައި ގޮތް ނިންމުމެއް ނޫނެވެ.
HN4 އެއްބަސްވުމަކީ ދަޢުވާކުރާ ފަރާތުގެވެސް އެނގުމުގެ ތެރެއިން އޭނާގެވެސް ރުހުން އޮވެގެން ނިމުމަކަށް ގެނެސްފައިވާ އެއްބަސްވުމެއް ކަމަށްވާއިރު، އެ އެއްބަސްވުމާ ޚިލާފުވީކަމަށް ބުނާ ދަޢުވާގައި ދަޢުވާކުރާ ފަރާތުން ހާޒިރުކޮށްދިނުމަށް އެދުނު ހެކިން ހާޒިރު ނުކުރުމަށް ނިންމި ނިންމުމުގައި ޤާނޫނީ ގޯހެއް ނެތެވެ.
ވަކީލުންނާއި ފަނޑިޔާރުން
- ވަކީލުން
- މުޙައްމަދު ޙިލްމީ
- ބެންޗު
- ޙަސަން ޝަފީޢު، ޢަބްދުﷲ ޖަމީލް މޫސާ، ޙުސައިން މަޒީދު
- ރިޔާސަތު
- —
- ރައުޔު ލިޔުނު ފަނޑިޔާރު
- ޙަސަން ޝަފީޢު · ތާއީދުކުރެއްވީ: ޢަބްދުﷲ ޖަމީލް މޫސާ، ޙުސައިން މަޒީދު
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
ފަނޑިޔާރު ޙަސަން ޝަފީޢުގެ ރައުޔު
ތަޢާރުފު
1މިއީ، ސިވިލް ކޯޓުގެ ނަންބަރު 2123/Cv-C/2020 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް އެދި […] / މުޙައްމަދު ޒަކީ (މީގެ ފަހުން 'މުޙައްމަދު ޒަކީ' ނުވަތަ 'އިސްތިއުނާފުކުރާ ފަރާތް')ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ. މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ، މިނިސްޓްރީ އޮފް ޓޫރިޒަމް (ދިވެހި ދައުލަތް) (މީގެ ފަހުން 'އިސްތިއުނާފު ރައްދުވާ ފަރާތް' ނުވަތަ 'މިނިސްޓްރީ އޮފް ޓޫރިޒަމް)' އެވެ.
ކަންހިނގާފައިވާ ގޮތް
2ތ.ކުރެދިފުށި 100 (ސަތޭކަ) އެނދުގެ ޓޫރިސްޓް ރިޒޯޓެއްގެ ގޮތުގައި ތަރައްޤީކުރުމުގެ ޝައުޤުވެރިކަން ފާޅުކޮށް 20 ޖުލައި 2011 ގައި މުޙައްމަދު ޒަކީގެ ފަރާތުން، ޑިޕާޓްމަންޓް އޮފް ނެޝަނަލް ޕްލޭނިންގ އަށް ޕްރޮޕޯސަލްއެއް ހުށަހެޅިއެވެ. މި ޕްރޮޕޯސަލްގައި، މުޙައްމަދު ޒަކީގެ ފަރާތުން، ތ.ކުރެދިފުށި ޓޫރިސްޓް ރިޒޯޓެއްގެ ގޮތުގައި ތަރައްޤީކޮށް ހިންގުމުގެ ބަދަލެއްގެ ގޮތުގައި އެ އަތޮޅު އޮމަދީ އާއި ކިނބިދޫގެ ފެނާއި ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީ.އެސް.އާރު) ޕްރޮޖެކްޓް ހުށަހަޅާފައިވެއެވެ. ދައުލަތުން މި ޕްރޮޕޯސަލް ޤަބޫލުކޮށް، 01 ޑިސެންބަރު 2011 ގައި އެކަން ގެޒެޓްކޮށްފައިވެއެވެ.
3އިސްވެ ބުނެވުނު ޕްރޮޕޯސަލްގައިވާ ގޮތުގެ މަތިން ތ.އޮމަދޫ އާއި ތ.ކިނބިދޫގެ ނަރުދަމާ ނިޒާމް ޤާއިމުކުރުމުގެ މުޤާބިލުގައި ތ.ކުރެދިފުށި ޓޫރިސްޓް ރިޒޯޓެއްގެ ގޮތުގައި ތަރައްޤީކުރުމަށް މުޙައްމަދު ޒަކީއަށް ކުއްޔަށް ދިނުމުގެ ގޮތުން މި މައްސަލައިގެ ޚަސްމުންގެ މެދުގައި 23 ޖަނަވަރީ 2012 ގައި މުޙައްމަދު ޒަކީއާ އައިޑީމިނިސްޓްރީ އޮފް ފިނޭންސް އާ ދެމެދު އެއްބަސްވުމުގައި ސޮއިކޮށްފައިވެއެވެ. (މީގެ ފަހުން "ސީ.އެސް.އާރު އެއްބަސްވުން" ކަމަށް ބަޔާންކޮށްފައި)
417 އެޕްރީލް 2014 ގައި، ސީ.އެސް.އާރުގެ ދަށުން ދޫކޮށްފައިވާ ރަށްތަކުގެ ކަންތައް ހަމަޖައްސާފައިވާ އުސޫލުން ސީ.އެސް.އާރު ކޮމްޕޯނެންޓްގެ ބަދަލުގައި ސަރުކާރަށް ފައިސާ ދައްކާގޮތަށް ހަމަޖައްސައިދިނުމަށް އެދި، މުޙައްމަދު ޒަކީގެ ފަރާތުން އޭރުގެ ޓޫރިޒަމް މިނިސްޓަރަށް ސިޓީއެއް ފޮނުވިއެވެ.
5މުޙައްމަދު ޒަކީގެ ފަރާތުން އެދުނު ގޮތަށް، ސީ.އެސް.އާރު ޕްރޮޖެކްޓް ތ.ކުރެދިފުށީގެ އެކިއުޒިޝަން ފީއަށް ބަދަލުކުރެވިފައިވާކަން އަންގައި މިނިސްޓްރީ އޮފް ޓޫރިޒަމް އިން މުޙައްމަދު ޒަކީއަށް 15 ޖޫން 2014 ގައި ސިޓީ ފޮނުވިއެވެ.
602 ޖުލައި 2014 ގައި މިނިސްޓްރީ އޮފް ޓޫރިޒަމްގެ ފަރާތުން ތ.ކުރެދިފުށި އާއި ގުޅިގެން އުފައްދަންޖެހޭ ޖޮއިންޓް ވެންޗަރ ކުންފުނި އުފެއްދުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއަށް އަންގާފައިވާކަން މުޙައްމަދު ޒަކީއަށް އަންގާފައިވެއެވެ.
711 އޯގަސްޓް 2015 ގައި، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ފަރާތުން ޖޮއިންޓް ވެންޗަރ އެއްބަސްވުމުގެ ޑްރާފްޓާއި ކުންފުނީގެ ހިންގާ ގަވާއިދުގެ ޑްރާފްޓް މުޙައްމަދު ޒަކީއަށް ފޮނުވާފައިވެއެވެ.
815 އޯގަސްޓް 2016 ގައި، ސަރުކާރުން ޓޫރިސްޓް ރިޒޯޓް ތަރައްޤީކުރުމަށް ކުއްޔަށްދެވޭ ރަށްތަކުގެ އެކުއިޒިޝަން ފީ، ގަވާއިދު ނަންބަރު 69-2016/R (ފަތުރުވެރިކަމާއި ބެހޭ ކަންކަމަށް ރަށްރަށާއި ބިންބިމާއި، ފަޅު ކުއްޔަށް ދޫކުރުމަށްޓަކައި ޕްރޮޕޯސަލް ހުށަހެޅުމާ ބެހޭ ޤަވާއިދު) ގެ 3 ވަނަ މާއްދާގެ ދަށުން ނެރެފައިވާ އެ މިނިސްޓްރީގެ ނަންބަރު LS/88/2016/261-(IUL)88 އިޢުލާނުން އެ ރަށެއް ނިސްބަތްވާ ސަރަހައްދަށް ނަންބަރު CSR/2012/WS013 އެއްބަސްވުން މިނިސްޓްރީ އޮފް ޓޫރިޒަމްގެ ނަންބަރު INDIV/2014/124-LS-88 ސިޓީ މިނިސްޓްރީ އޮފް ޓޫރިޒަމްގެ ނަންބަރު 173INDIV/2014/-LS-88 ސިޓީ ނިސްބަތްކޮށް، އެކުއިޒިޝަން ފީ ކަނޑައަޅާފައިވާތީ، އެކުއިޒިޝަން ފީއަށް އައިސްފައިވާ މި ބަދަލު ދެފަރާތުގެ ދެމެދުގައި ހެދޭ ޖޮއިންޓް ވެންޗަރ އެއްބަސްވުމުގައި ހިމަނާ އެ އެއްބަސްވުމުގައި ސޮއިކުރެވޭނެ ގޮތް ވީ އެންމެ އަވަސް ފުރުސަތެއްގައި ހަމަޖައްސައިދިނުމަށް އެދި 20 ޑިސެންބަރު 2016 ގައި މިނިސްޓްރީ އޮފް ޓޫރިޒަމްއަށް ފޮނުވި ސިޓީގައި އެދިފައިވާކަމަށް މުޙައްމަދު ޒަކީ ބުނެފައިވެއެވެ. އެ ސިޓީއަށް ޖަވާބު ލިބިފައިނުވާތީ، 1 ނޮވެންބަރު 2017 ގައިވެސް ސިޓީ ފޮނުވިކަމާއި އެއަށްފަހު 23 މާރިޗް 2019 ގައި ސިޓީ ފޮނުވި ކަމަށް މުޙައްމަދު ޒަކީ ބުނެފައިވެއެވެ.
9މުޙައްމަދު ޒަކީގެ ފަރާތުން 23 މާރިޗް 2019 ގައި ފޮނުވި ސިޓީގެ ޖަވާބުގައި މިނިސްޓްރީ އޮފް ޓޫރިޒަމްއިން ފޮނުވި އެ މިނިސްޓްރީގެ ނަންބަރު LS/INDIV/2019/126-88 ސިޓީގައި ތ.ކުރެދިފުށި ޓޫރިސްޓް ރިޒޯޓެއްގެ ގޮތުގައި ތަރައްޤީކުރުމަށް ކުއްޔަށްދެވޭނީ މުޙައްމަދު ޒަކީއާ ދިވެހި ސަރުކާރު ހިއްސާވާ ގޮތަށް އުފައްދާ ޖޮއިންޓް ވެންޗަރ އެގްރީމެންޓުގައި ސޮއިކުރެވޭނީ އެ ރަށާ ގުޅިގެން ދައްކަންޖެހޭ އެކުއިޒިޝަން ފީގެ 20 އިންސައްތަ ދެއްކުމުގައި ކަމަށް މިނިސްޓްރީ އޮފް ޓޫރިޒަންގެ ނަންބަރު LS/INDIV/2014/124-88 ސިޓީ ގައި ބަޔާންކޮށްފައިވާކަމާއި، އެ ސިޓީގައި ބަޔާންކޮށްފައިވާ ފަދައިން އެކުއިޒިޝަން ފީ ދައްކާފައި ނެތުމުގެ ސަބަބުން އެ މުޢާމަލާތް ކުރިއަށް ގެންދިއުމަށް ސަރުކާރުގެ މައްޗަށް ލާޒިމްކުރާ ޤާނޫނީ ސަބަބެއް އޮތްކަމަށް ނުފެންނަކަމަށް އެޓަރނީ ޖެނެރަލްގެ އޮފީހުން މިނިސްޓްރީ އޮފް ޓޫރިޒަމްއަށް ލަފާދީފައިވާކަމަށް ބަޔާންކޮށްފައިވެއެވެ.
10ދައުލަތުގެ %5 (ފަހެއް އިންސައްތަ) ހިއްސާވާގޮތަށް ތ.ކުރެދިފުށި ރިޒޯޓެއްގެ ގޮތުގައި ތަރައްޤީކުރުމަށް މުޙައްމަދު ޒަކީއަށް ދިނުމަށް 23 ޖަނަވަރީ 2012 ގައި މުޙައްމަދު ޒަކީއާ ދިވެހި ދައުލަތާ ދެމެދު ވެފައިވާ އެއްބަސްވުމާ (އެގްރީމެންޓް ނަންބަރު CSR/2012/WS013) ދައުލަތުން ޚިލާފުވެފައިވާކަމަށް ބުނެ މިނިސްޓްރީ އޮފް ޓޫރިޒަމްއަށް ރައްދުވާ ގޮތަށް މުޙައްމަދު ޒަކީގެ ފަރާތުން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅިއެވެ. އެ މައްސަލަ ބަލާފައިވަނީ ސިވިލް ކޯޓުގެ ނަންބަރު 2123/Cv-C/2020 ޤަޟިއްޔާ ގައެވެ.
11މިއީ ސިވިލް ކޯޓުގެ ނަންބަރު 2123/Cv-C/2020 ޤަޟިއްޔާ އިސްތިއުނާފުކުރުމުން ދިވެހިރާއްޖޭގެ ހައިކޯޓުގައި ބަލާފައިވާ ޤަޟިއްޔާއެވެ. ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ އާއި އެ ކޯޓު ގެ ނިންމުން
12މުޙައްމަދު ޒަކީއާއި ދިވެހި ދައުލަތާ ދެމެދު 23 ޖަނަވަރީ 2012 ވަނަ ދުވަހު ތ.ކުރެދިފަރު، […] 5% (ފަހެއް އިންސައްތަ) ހިއްސާވާގޮތަށް ރިޒޯޓެއްގެ ގޮތުގައި ތަރައްޤީކުރުމަށް ދޭން ވެފައިވާ ނަންބަރު CSR/2012/WS013 އެއްބަސްވުމާ ދައުލަތުން ޚިލާފުވުމުގެ ސަބަބުން މުޙައްމަދު ޒަކީއަށް ސީދާގޮތުން ލިބުނު ގެއްލުމުގެ ބަދަލާއި އަދި އެއްބަސްވުމާ ޚިލާފުވުމުން މުޙައްމަދު ޒަކީއަށް ލިބިދާނެ ކަމަށް ޤަބޫލުކުރެވޭ ގެއްލުމުގެ ބަދަލު ހޯދުމަށް އެދި ސިވިލް ކޯޓަށް ދަޢުވާ ހުށަހަޅާފައިވެއެވެ.
13ސިވިލް ކޯޓުގެ ނަންބަރު 2123/Cv-C/2020 ޤަޟިއްޔާގައި މުޙައްމަދު ޒަކީ ހުށަހަޅާފައިވާ ދަޢުވާގައި އެދިފައިވާ ކަންކަން އެ ގޮތަށް ކަނޑައަޅާނެ ތަނެއް ނެތްކަމަށް ޙުކުމްކޮށްފައިވެއެވެ. ސިވިލް ކޯޓުގެ ނިންމުމަށް ވާސިލުވުމުގައި އެ ކޯޓުން ރިޢާޔަތްކޮށްފައިވާ ކަންތައްތަކަކީ؛
13.1 މުޙައްމަދު ޒަކީއާ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއާ ދެމެދު ވެފައިވާ އެއްބަސްވުން ކުރިއަށް ނުގެންދެވުމުގެ ސަބަބުން އެކަމުގެ ޙައްލު ހޯދުމަށް 17 އެޕްރީލް 2014 ގައި އޭރުގެ މިނިސްޓްރީ އޮފް ޓޫރިޒަމް އާރޓްސް އެންޑް ކަލްޗަރއަށް މުޙައްމަދު ޒަކީ ސިޓީ ފޮނުވުމުން، ސީ.އެސް.އާރު ޕްރޮކެޖްޓުގެ ބަދަލުގައި އެކުއިޒިޝަން ކޮސްޓް ދައްކާގޮތަށް ހަމަޖައްސާ ސީ.އެސް.އާރު އެގްރީމެންޓް ބާޠިލުކޮށް ކުރިއަށްގެންދިއުމަށްޓަކައި މިނިސްޓްރީ އޮފް ޓޫރިޒަމުން ހުށަހަޅާ ޝަރުޠުތައް ބަޔާންކޮށްފައިވާކަމާއި، އެ ޝަރުޠުތައް ޤަބޫލުކޮށް ކުރިއަށް ގެންދިއުމަށް ބޭނުންވާކަމަށް މިނިސްޓްރީ އޮފް ޓޫރިޒަމްގެ ސިޓީގެ ޖަވާބުގައި މުޙައްމަދު ޒަކީ 25 ޖޫން 2014 ގައި މިނިސްޓްރީ އޮފް ޓޫރިޒަމްއަށް ސިޓީ ފޮނުވާފައިވާކަން؛
13.2 މިނިސްޓްރީއޮފް ޓޫރިޒަމް ގެ ސިޓީގައި ބަޔާންކޮށްފައިވާ ޝަރުޠުތަކުގެ ތެރޭގައި ޖޮއިންޓް ވެންޗަރ އެގްރީމެންޓެއްގައި ސޮއިކުރުން ހިމަނާފައިވީނަމަވެސް، އެފަދަ އެއްބަސްވުމެއްގައި ސޮއިކޮށްފައިނުވާކަން.
13.3 ޖޮއިންޓް ވެންޗަރ އެގްރީމެންޓްގައި ސޮއިކުރެވޭނީ އެކުއިޒިޝަން ފީގެ 20% (ވިހި އިންސައްތަ) ދެއްކުމުންކަމަށް މިނިސްޓްރީ އޮފް ޓޫރިޒަމްގެ ސިޓީގައި ބަޔާންކޮށްފައިވާކަމާއި، އެ ސިޓީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އެކުއިޒިޝަން ފީ ދައްކާފައިނުވާތީ މުއާމަލާތް ކުރިއަށް ގެންދިއުމަށް ސަރުކާރުގެ މައްޗަށް ލާޒިމުނުވާކަމަށް ބަޔާންކޮށް މިނިސްޓްރީ އޮފް ޓޫރިޒަމުން، މުޙައްމަދު ޒަކީއަށް ސިޓީ ފޮނުވާފައިވާކަމާއި، އެ ސިޓީއަށްފަހު، މުޙައްމަދު ޒަކީއާ ދައުލަތާ ދެމެދު މުޢާމަލާތެއް ކުރެވިފައިވާކަން އެނގެން ނެތްކަން؛
13.4 މުޙައްމަދު ޒަކީއާ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއާ ދެމެދު ވެފައިވާ އެއްބަސްވުމަށް ބެލުމުން އެއްބަސްވުމުގައި ސޮއިކުރުމާއެކު ފެށިގެންދަނީ މުޙައްމަދު ޒަކީގެ ޒިންމާތައްކަމާއި، ދައުލަތުގެ ފަރާތުން އިލްތިޒާމެއް އަދާކުރަންޖެހެނީ ސީ.އެސް.އަރާ ޕްރޮޖެކްޓުގެ މަސައްކަތް، އެއްބަސްވުމުގެ 6 ވަނަ މާއްދާގައި ބަޔާންކުރާ މިންވަރަށް ދިއުންކަމާއި، އެ ހިސާބަށް އެ މަސައްކަތް ގޮސްފައިވާކަމަށް މުޙައްމަދު ޒަކީ ބުނެފައިނުވާކަމާއި، އަދި ދައުލަތުގެ ފަރާތުން އަދާކޮށްފައިނުވަނީ ކޮން ޒިންމާއެއްކަން މުޙައްމަދު ޒަކީ ބުނެފައިނުވާއިރު، އެއްބަސްވުމަށް ބެލުމުން ފެންނަން އޮތީ އެއްބަސްވުމުގެ ދަށުން މުޙައްމަދު ޒަކީ އަދާކުރަންޖެހޭ އިލްތިޒާމެއް އުފެދުނުކަމާއި، އެ އިލްތިޒާމު މުޙައްމަދު ޒަކީ ފުރިހަމަކުރިކަން އެނގެން ނެތްކަމާއި، މީގެ އިތުރުން އެއްބަސްވުން ނިމުމަކަށް ގެނައުމަށް ދައުލަތުގެ އެއްވެސް މުއައްސަސާއެއްގެ ފަރާތުން ރަސްމީ ސިފައެއްގައި އަންގާފައިނުވާކަން މައްސަލަ ހުށަހެޅި ފޯމުން އެނގޭތީ އެއްބަސްވުމާ އެއްގޮތަށް ޢަމަލުކޮށްފައިނުވަނީ މުޙައްމަދު ޒަކީކަން ޝަރީޢަތަށް ފާހަގަވުން؛
13.5 2012 ވަނަ އަހަރު ވެފައިވާ އެއްބަސްވުމާ ހަމަ އެ އަހަރު ދައުލަތުން ޚިލާފުވިކަމަށް މުޙައްމަދު ޒަކީ ޤަބޫލުކޮށްގެން އެކަމަށް ޙައްލު ހޯދުމަށް އެއިރު ޝަރީޢަތަށް ހުށަހެޅުމުގެ ބަދަލުގައި ތަފާތު އެކި ގޮތްގޮތުން ޙައްލު ހޯދުމަށް މަސައްކަތްކުރުމަށްފަހު، 8 (އަށެއް) އަހަރު ފަހުން ޝަރީޢަތަށް ހުށަހެޅުމަށްފަހު މި ދަޢުވާއަކީ ރަނގަޅުނޫން ދަޢުވާއެއްކަމަށް މުޙައްމަދު ޒަކީ އިޢުތިރާފުވާކަމަށް ފެނުމާއި، މިކަންކަން މިގޮތުގައި ހުރުމުން މުޙައްމަދު ޒަކީ ފާހަގަކޮށްފައިވާ ކަންކަމާއި މުޙައްމަދު ޒަކީ ޢަމަލުކޮށްފައިވާ ގޮތުގައި ދެކޮޅު ނުޖެހޭ ކަންތައްތަކެއް ހުރިކަން.
އިސްތިއުނާފަށް ހުށަހެޅުނު ނުކުތާތައް
14އިސްތިއުނާފުކުރާ ފަރާތުން އަންނަނިވި ނުކުތާތައް ހުށަހަޅާ އެ ނުކުތާތަކާ ބެހޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވަކާލާތުކޮށްފައިވެއެވެ. އެގޮތުން ހުށަހަޅާފައިވާ ނުކުތާތަކަކީ :
14.1 ދެފަރާތުގެ މެދުގައި ވެފައިވާ މުޅި އެއްބަސްވުމަކީ، ތ.ކުރެދިފުށި ޓޫރިސްޓް ރިޒޯޓެއްގެ ގޮތުގައި ތަރައްޤީކުރުމަށް އިސްތިއުނާފުކުރާ ފަރާތަށް ދިނުމަށް ވެފައިވާ އެއްބަސްވުމަކަށްވާއިރު، މުޅި މުޢާމަލާތާއި ގުޅިގެން ކަންހިނގާފައިވާ ގޮތަށް ރިޢާޔަތް ކުރުމެއްނެތި ނިންމާފައިވާ ނިންމުމަކީ ކޮންޓްރެކްޓާބެހޭ ޤާނޫނު 4، 5، 6، 9، 20 އަދި 21 ވަނަ މާއްދާއާ ޚިލާފަށް ނިންމާފައިވާ ނިންމުމެއްކަމަށް ބުނެ ހުށަހެޅި ނުކުތާއާއި؛
14.2 ސީ.އެސް.އާރު އެއްބަސްވުންނިމުމަކަށް ގެނެވޭނީ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއިން ކަމަށް އިސްތިއުނާފުކުރާ ފަރާތުން ބުނިބުނުމާ ޚިލާފަށް އިސްތިއުނާފުކުރާ ފަރާތުން ޢަމަލުކޮށްފައިވާ ކަމަށް ނިންމާފައިވަނީ މުޅި މައްސަލައިގައި ކަންހިނގާފައިވާ ގޮތަށާއި، އިސްތިއުނާފުކުރާ ފަރާތުގެ މަޖުބޫރީ ޙާލަތަށް އެއްވެސް ވަރަކަށް ރިޢާޔަތް ކުރުމެއްނެތި ކަމުން މި ނިންމުމަކީ ކޮންޓްރެޓާބެހޭ ޤާނޫނުގެ 13 ވަނަ މާއްދާއއާ އެ ޤާނޫނުގެ 15 ވަނަ މާއްދާއއާ އަދި އެ ޤާނޫނުގެ 21 ވަނަ މާއްދާއާ ޚިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ ހުށަހެޅި ނުކުތާއާއި؛
14.3 ސީ.އެސް.އާރު އެއްބަސްވުމުގެ ދަށުން މަސައްކަތް ފެށިކަމާއި އެއްބަސްވުމާ އެއްގޮތަށް މަސައްކަތް ކުރިއަށް ގެންދެވިފައި ނުވަނީ އިސްތިއުނާފު ރައްދުވާ ފަރާތުގެ ސަބަބުންކަން ސާބިތުކުރުމަށް ހެކި ހުށާހަޅާފައިވާއިރު، އެ ހެކިންގެ ހެކިބަސް ނެގުމެއް ނެތި ނިންމާފައިވާ ނިންމުމަކީ، ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގެ 1 ވަނަ ނަންބަރާއި ސުޕްރީމް ކޯޓުގެ ޤަޟިއްޔާއެއް ކަމަށްވާ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޢަލީ ޙަސަން ގެ 145 ވަނަ ނުކުތާގައި ކަނޑައަޅާފައިވާ އުސޫލާ ޚިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ ހުށަހެޅި ނުކުތާއާއި؛
14.4 މައްސަލަ ހުށަހެޅި ފޯމުގެ 7 ވަނަ ނަންބަރުން އިސްތިއުނާފުކުރާ ފަރާތުން ހަވާލާދޭ ސީ.އެސް.އާރު އެއްބަސްވުމަކީ އިސްތިއުނާފުކުރާ ފަރާތާއި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއާ ދެމެދު ވެފައިވާ އެއްބަސްވުމެއްކަން އެނގޭކަމުން، އެ އެއްބަސްވުމާ ޚިލާފުވެފައިވާކަން ނުވަތަ ނޫންކަން ކަނޑައެޅޭނީ، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއަށް ރައްދުވާ ދަޢުވާއެއްގައި ކަމަށް ކަނޑައަޅާފައިވަނީ ޤާނޫނު ނަންބަރު 2021/21 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 99 ވަނަ މާއްދާގެ
(ހ) ގެ 1 ވަނަ ނަންބަރާއި އެ ޤާނޫނުގެ 39 ވަނަ މާއްދާއާއި ސުޕްރީމް ކޯޓުގެ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. ޝަމްޢީލް ރަޝީދު ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ އުސޫލާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ. ސުޕްރީމް ކޯޓުގެ ނަންބަރު 2021/SC-A/30 ޤަޟިއްޔާ އިސްތިއުނާ ފީ ނުކުތާތަކާ ގުޅިގެން ފާހަގަކުރި ކަންކަން ފުރަތަމަ ނުކުތާއާ ގުޅޭ
15މި މައްސަލައިގައި ދެ ޚަސްމުންގެ ދެމެދުގައި އުފެދިފައިވާ ގުޅުމަކީ، ތ.ކުރެދިފުށި މުޙައްމަދު ޒަކީއަށް ލިބިދިނުމުގެ ގޮތުން ދެފަރާތުގެ މެދުގައި އުފެދުނު ތަޢާޤުދީ ގުޅުމެއްކަމާއި، ސީ.އެސް.އާރު އެއްބަސްވުމާއި އެއަށްފަހު، ސީ.އެސް.އާރު ކޮމްޕޯނަންޓް ތ.ކުރެދިފުށީގެ އެކުއިޒިޝަން ފީއަށް ބަދަލުކުރި ކުރުން އެއީ ވަކި ކޮންޓްރެކްޓްތަކެއްގެ ގޮތުގައި މި މުޢާމަލާތާ ގުޅިގެން ނުބެލެވޭނެ ކަމަށް މުޙައްމަދު ޒަކީ ފާހަގަކުރެއެވެ. އަދި މީގެ ސަބަބަކީ، އެއްބަސްވުމުގެ މުޤާބިލު ކަމުގައިވާ ސީ.އެސް.އާރު ކޮމްޕޯނެންޓް ފުރިހަމަކުރާނެ ގޮތް ފުރަތަމަ އެއްބަސްވުމުގައި ބަޔާންކުރުމަށްފަހު، އޭގެ ފަހުން ސީ.އެސް.އާރު ކޮމްޕޯނެންޓް ރ.ކުރެދިފުށީގެ އެކުއިޒިޝަން ފީއަށް ބަދަލުގެނައުމަށް އެއްބަސް ވެވުމުން ކަމުގައެވެ.
16ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 5 ވަނަ މާއްދާގައި ކޮންޓްރެކްޓް ކުރެވޭނީ އެކަކު އަނެކަކަށް ހުށަހަޅާ ހުށަހެޅުމެއް އެ ހުށަހެޅުން ރައްދުވި ފަރާތުން ޤަބޫލުކުރުމުން ކަމަށް ބަޔާންކޮށްފައިވާކަމާއި، މި މައްސަލައިގައި، ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގެ، ކޮންޓްރެކްޓްގެ ރުކުންތައް ކަމުގައިވާ، ހުށަހެޅުން، ޤަބޫލުކުރުން އަދި މުޤާބިލަކީ ކޮބައިކަން ސާފުވެފައި އޮތުމުން، ދެފަރާތުގެ ދެމެދުގައި އުފެދިފައިވާ އަސްލު ކޮންޓްރެކްޓަކީ ކޮބައިކަން އެނގޭނެ ކަމަށް ބުނެ ތިރީގައިވާ ކަންކަން މުޙައްމަދު ޒަކީގެ ފަރާތުން ފާހަގަކޮށްފައިވެއެވެ.
16.1 ހުށަހެޅުން (offer)- މި މައްސަލައިގައި މުޙައްމަދު ޒަކީ ހުށަހެޅި ހުށަހެޅުމަކީ، 20 ޖުލައި 2011 ވަނަ ދުވަހު، ތ.ކުރެދިފުށި 100 (ސަތޭކަ) އެނދުގެ ޓޫރިސްޓް ރިޒޯޓެއް ގޮތުގައި ތަރައްޤީކުރުމުގެ ޝައުޤުވެރިކަން ފާޅުކޮށް، ޑިޕާޓްމަންޓް އޮފް ނޭޝަނަލް ޕްލޭނިންގއަށް ބޮޑު ޚަރަދެއް ކޮށްގެން ހުށަހަޅާފައިވާ ޕްރޮޕޯސަލްކަމާއި، މިއީ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 6 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހުށަހެޅުމެއްކަމުގައިވުން.
16.2 ޤަބޫލުކުރުން (acceptance)- ކޮންޓްރެކްޓާބެހޭ ޤާނޫނު ގެ 9 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުން ހުށަހަޅާ ފަރާތަށް، ގަބޫލު ކުރާކަން އެންގުމުން، އެ އެއްބަސްވުން ފުރިހަމަވާކަމާއި، މިގޮތުން ހުށަހެޅުން، ދައުލަތުން ރަސްމީކޮށް ގަބޫލުކޮށް، ދިވެހި ދައުލަތުގެ ގެޒެޓުގައި ޝާއިޢު ކޮށްފައިވާކަމާއި، ދައުލަތުން ގަބޫލުކުރީ ހަމައެކަނި، ތ.އޮމަދޫ އާއި ތ.ކިނބިދޫގެ ނަރުދަމާ ނިޒާމް ޤާއިމުކުރުމަށް މުޙައްމަދު ޒަކީގެ ފަރާތުން ހުށަހެޅި ހުށަހެޅުމެއް ނޫންކަމާއި، މުޙައްމަދު ޒަކީގެ ހުށަހެޅުމާ އެއްގޮތްވާ ގޮތުގެ މަތިން ތ.ކުރެދިފުށި ޓޫރިސްޓް ރިޒޯޓެއްގެ ގޮތުގައި ތަރައްޤީކުރުމަށް މުޙައްމަދު ޒަކީއަށް ލިބިދިނުމުގެ މުޤާބިލަކީ ތ.އޮމަދޫ އާއި ތ.ކިނބިދޫގެ ނަރުދަމާ ނިޒާމް ޤާއިމްކުރުން ކަމުގައިކަން.
16.3 މުޤާބިލު (consideration)- މުޙައްމަދު ޒަކީގެ ފަރާތުން ފުރިހަމަ ކުރުމަށް އެއްބަސްވެފައިވާ ސީ.އެސް.އާރު ކޮމްޕޯނެންޓަކީ، ތ.ކުރެދިފުށި މުޙައްމަދު ޒަކީއަށް ލިބިދިނުމުގެ މުޤާބިލުކަމާއި، ދައުލަތުންވެސް މިކަން ގަބޫކުކުރާކަން 15 ޖޫން 2014 ވަނަ ދުވަހު މިނިސްޓްރީ އޮފް ޓޫރިޒަމްއިން މުޙައްމަދު ޒަކީއަށް ފޮނުވި ސިޓީއިން އެނގޭކަން.
17އެހެންކަމުން، ދެފަރާތުގެ ދެމެދުގައި ތ.ކުރެދިފުށި ރިޒޯޓެއްގެ ގޮތުގައި ތަރައްޤީކުރުމަށް މުޙައްމަދު ޒަކީއަށް ލިބިދިނުމަށް ދައުލަތާއި ދެމެދު 23 ޖަނަވަރީ 2012 ގައި ކޮންޓްރެކްޓެއްވެފައިވާކަމާއި، މުޙައްމަދު ޒަކީއަށް ތ.ކުރެދިފުށި ލިބިދިނުމުގެ މުޤާބިލަކީ ސީ.އެސް.އާރު ޕްރޮޖެކްޓް ނިންމުންކަމާއި، ސީ.އެސް.އާރު ޕްރޮޖެކްޓްގެ ބަދަލުގައި އެ ރަށުގެ އެކުއިޒިޝަން ފީ ދެއްކުމަށް ދެފަރާތުން ވާހަކަ ދެކެވިފައިވާކަން އެނގެން އޮތް ނަމަވެސް ސިވިލް ކޯޓުން މިކަމަށް ރިޢާޔަތްކޮށްފައިނުވާކަމަށް މުޙައްމަދު ޒަކީ ފާހަގަކޮށްފައިވެއެވެ.
18ދެ ން މި މައްސަލައިގައި ބަލަންޖެހެނީ، އެއްބަސްވުމަށް ބަދަލު ގެނައުމަށް ރުހުމުން ކުރީގައިވެފައިވާ އެއްބަސްވުމާ އަދި މުޅި މުޢާމަލާތްވެސް ނިމުމަކަށް އައީތޯކަމަށް މުޙައްމަދު ޒަކީ ފާހަގަކުރެއެވެ. އެގޮތުން، މި މުޢާމަލާތަށް ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 20 ވަނަ މާއްދާ ތަޠުބީޤުކުރާއިރު، ސީ.އެސް.އާރު ޕްރޮޖެކްޓްގެ ބަދަލުގައި އެކުއިޒިޝަން ފީ ދެއްކުމަށް ބަދަލުކުރުމަށް ރުހުމަކީ މި މާއްދާގައި ވާފަދައިން އެއްބަސްވުމާ ގުޅިގެން ދެފަރާތުން ޢަމަލުކުރުމަށް އެހެން ގޮތަކަށް އެއްބަސްވާން ހުށަހެޅިފައިވާ ހުށަހެޅުމެއް ކަމާއި، އަދި ދެފަރާތުގެ ނިޔަތަކީ ކުރިން ވެފައިވާ އެއްބަސްވުމުގެ ދެ މާއްދާއަކަށް ބަދަލު ގެނައުންކަމާއި، އެއީ، ސީ.އެސް.އާރު ގެ ބަދަލުގައި އެކުއިޒިޝަން ފީ އަށް ބަދަލުކުރުމާއި ސަރުކާރުގެ ހިއްސާ %5 އިން %10 އަށް ބަދަލުގެނައުމަށް އެއްބަސްވާން ވާހަކަދެއްކެވިފައިވާތީ ހާމަވާކަމެއް ކަމަށްވެސް މުޙައްމަދު ޒަކީ ދެވަނަ ނުކުތާއާ ގުޅޭ
19ސީ.އެސް.އާރު އެއްބަސްވުމުގެ ޓަރމިނޭޝަން ކްލޯޒްއަށް ބަލާއިރު، އެއްބަސްވުން ނިމުމަކަށް ގެންނަން ދެފަރާތުން އެއްބަސްވެފައިވާ ގޮތަކީ، ހަމައެކަނި، މުޙައްމަދު ޒަކީ ނިންމަންޖެހޭ ސީ.އެސް.އާރު ޕްރޮޖެކްޓް ނުނިންމާނަމަ ކަމާއި، ނަމަވެސް، އެ އެއްބަސްވުމަށް ބަދަލު ގެންނަން ދައުލަތުން ހުށަހަޅާފައިވަނީ އެއްވެސް ހާލެއްގައި މުޙައްމަދު ޒަކީގެ ފަރާތުން ސީ.އެސް.އާރު ޕްރޮޖެކްޓް ނުނިންމައިގެން ނޫންކަމާއި، ނަމަވެސް، ދައުލަތުން އެއްބަސްވުމާ އެއްގޮތަށް ޢަމަލުނުކުރުމުގެ ސަބަބުން އެއްބަސްވުން ކުރިއަށް ނުގެންދެވުމުގެ ސަބަބުން ދައުލަތުން އެއްބަސްވުމަށް ބަދަލުގެނައުމަށް ހުށަހަޅައިގެން ކަމުން މި ހާލަތުގައި އެއްބަސްވުން ނިމުމަކަށް ގެނެސްފައިވާކަމަށް ނުބެލެވޭނެކަމަށް މުޙައްމަދު ޒަކީގެ ފަރާތުން ދެކެއެވެ. އަދި މި ހާލަތަކީ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 21 ވަނަ މާއްދާގައި (ހ) ގައި ބަޔާންކޮށްފައިވާ ދެފަރާތުން އެއްބަސްވެގެން އެއްބަސްވުން ނިމުމަކަށް ގެންނަ ހާލަތު ނޫންކަމަށްވެސް މުޙައްމަދު ޒަކީގެ ފަރާތުން ފާހަގަކޮށްފައިވެއެވެ. މީގެ އިތުރުން، ބަހުސްގެ ބޭނުމަށް އެއްބަސްވުން ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 21 ވަނަ މާއްދާގެ (ހ) އާ އެއްގޮތަށް ނިމުމަކަށް ގެނައީކަމަށް ބަލާ ނަމަވެސް، ދައުލަތުން ޢަމަލުކުރީ އެ މާއްދާގެ (ށ) އާ ޚިލާފަށް ކަމަށް މުޙައްމަދު ޒަކީ ފާހަގަކުރެއެވެ. ސަބަބަކީ، ސީ.އެސް.އާރު ކޮމްޕޮނަންޓް އެކުއިޒިޝަން ކޮސްޓަށް ބަދަލު ގެނައުމުގައި، މުޙައްމަދު ޒަކީއާ މަޝްވަރާ ކުރުމެއްނެތި، އެ ހުށަހެޅުން ގަބޫލުކުރުމަށް އޭނާއަށް މަޖު ބުރޫ ކުރުވައިގެން ކަމަށްވާތީ ކަމަށް ފާހަގަކޮށްފައިވެއެވެ.
20ސީ.އެސް.އާރު އެއްބަސްވުން ވެފައިވަނީ، މުޙައްމަދު ޒަކީއާ މިނިސްޓްރީ އޮފް ފިނޭންސްއާ އެކު ކަމަށްވާއިރު، އެ އެއްބަސްވުމަށް ބަދަލު ގެނައުމަށް ހުށަހެޅީ މިނިސްޓްރީ އޮފް ޓޫރިޒަމުން ކަމަށާއި، މިއީ ދައުލަތުގެ ވަކި ދެ އިދާރާއެއް ކަމަށްވާއިރު، މިއީ ވެސް ކޮންޓްރެކްޓާބހެ ޤާނޫނުގެ 21 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތާ ޚިލާފަށް ކޮށްފައިވާކަމެއް ކަމަށް މުޙައްމަދު ޒަކީގެ ފަރާތުން ފާހަގަކޮށްފައިވެއެވެ.
ތިންވަނަ ނުކުތާއާ ގުޅޭ
21ސިވިލް ކޯޓުން މި މައްސަލަ ނިންމުމުގައި، އެ ކޯޓުގައި ކޮށްފައިވާ އަސްލު ދަޢުވާއަކީ ކޮބައިކަމުގެ މައްޗަށް އެއްވެސް ވަރަކަށް ރިޢާޔަތްކޮށްފައިނުވާކަމާއި، އެ ކޯޓަށް ހުށަހެޅި ދަޢުވާއަކީ، ތ.ކުރެދިފުށި ޓޫރިސްޓް ރިޒޯޓެއްގެ ގޮތުގައި ތަރައްޤީކުރުމަށް ވެފައިވާ އެއްބަސްވުމާ ދައުލަތުން ޚިލާފުވުމުގެ ސަބަބުން ކޮށްފައިވާ ދަޢުވާއެއްކަމާއި، އެއްވެސް ހާލެއްގައި ސީ.އެސް.އާރު އެއްބަސްވުމަކީ ވަކި އެއްބަސްވުމެއްގެ ގޮތުގައި އަދި ސީ.އެސް.އާރު ކޮމްޕޯނަންޓް ފުރިހަމަކުރުމުގެ ބަދަލުގައި ތ.ކުރެދިފުށީގެ އެކުއިޒިޝަން ފީ ދެއްކުމަށް ރުހުނު ރުހުމަކީ ވަކި އެއްބަސްވުމެއްގެ ގޮތުގައި ބެލުމަށް ވާހަކަދެކެވި އެއްބަސްވެފައި ނުވާނެ ކަމަށް މުޙައްމަދު ޒަކީ
22ސީ.އެސް.އާރު އެއްބަސްވުން ނިމުމަކަށް ގެނެވޭނީ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއަށް ކަމަށް މުޙައްމަދު ޒަކީގެ ފަރާތުން ބަޔާންކޮށްފައިވަނީ ދައުލަތުން ސީ.އެސް.އާރު އެއްބަސްވުން ނިމުމަކަށް އައިފައިވާކަމާއި، އެހެންކަމުން، ދެފަރާތުގެ މެދުގައި އެއްބަސްވުމެއް ނެތްކަމަށް ބަޔާންކުރުމުން ސީ.އެސް.އާރު އެއްބަސްވުމަކީ ވަކި އެއްބަސްވުމެއްނަމަ އެ އެއްބަސްވުން ނިމުމަކަށް ގެންނަންޖެހޭނީ އެއްބަސްވުމުގައި އެއްބަސްވުން ނިމުމަކަށް ގެންނަން ކަނޑައަޅާފައިވާ ގޮތަށް އެ އެއްބަސްވުމުގެ ބައިވެރި ންކަން ހާމަކުރުމުގެ ގޮތުން ކަމަށެވެ.
23ސިވިލް ކޯޓުގެ ނިންމުމުގައި، މުޙައްމަދު ޒަކީގެ ފަރާތުން އެއްބަސްވުމާ ޚިލާފުވެފައިވާކަމަށް ކަނޑައެޅުމަށްފަހު، އެއާ ވިދިގެން އެ ނިންމުމާ ފުށުއަރާގޮތަށް ނިންމާފައިވަނީ ސީ.އެސް.އާރު އެއްބަސްވުމަކީ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއާއެކު ވެފައިވާ އެއްބަސްވުމަކަށްވާތީ މި ދަޢުވާކުރަންޖެހޭނީ އެ މިނިސްޓްރީގެ މައްޗަށް ކަމަށާއި، މިނިސްޓްރީ އޮފް ޓޫރިޒަމްގެ މައްޗަށް ނޫންކަމުން، މައްސަލަ ސާބިތުކުރުމަށް ހުށަހަޅާފައިވާ ޝަފަހީ ހެކިންގެ ހެކިބަސް ނަގަންޖެހޭ ކަމަށް ނުފެންނަކަމަށް ބަޔާންކޮށް ކަމަށްވާއިރު، މިއީ ފުށުއަރާ ދެ ނިންމުން ކަމަށް މުޙައްމަދު ޒަކީ ފާހަގަކޮށްފައިވެއެވެ. މިގޮތަށް ނިންމާފައިވުމުން، މުޙައްމަދު ޒަކީ އެއްބަސްވުމާ ޚިލާފުވީ ކަމަށް ނިންމީ ކޮން ޤާނޫނީ ހަމައަކުންކަމާމެދު ސުވާލު އުފެދޭ ކަމަށް މުޙައްމަދު ޒަކީ
24ސުޕްރީމް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޢަލީ ޙަސަން ޤަޟިއްޔާގައި ފަނޑިޔާރަށް ކުރިން ޤަބޫލުކުރެވިފައި އޮތްގޮތް އަޑުނޭހި އޮތް ހެކިބަހެއް އަޑުއެހުމުން ބަދަލުވާގޮތް ވުމަކީ އެކަށީގެންވާކަމެއްކަން އެނގެން އޮންނަކަމަށް ކަނޑައަޅާފައިވާކަމާއި، މި މައްސަލައިގައިވެސް ހުށަހަޅާފައިވާ ޝަފަހީ ހެކިންގެ ހެކިބަސް ނެގި ނަމަ މުޙައްމަދު ޒަކީގެ ފަރާ ތުން ސީ.އެސް.އާރު އެއްބަސްވުމާ ޚިލާފުވެފައި ނުވާކަމާއި އެއްބަސްވުމާ ޚިލާފުވެފައިވާ ފަރާތަކީ އިސްތިއުނާފު ރައްދުވާ ފަރާތްކަން ސާބިތުވުމުގެ އިހްތިމާލު ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި އެބައޮތްކަމަށް މުޙައްމަދު ޒަކީގެ ފަރާތުން ފާހަގަކޮށްފައިވެއެވެ.
ހަތަރު ވަނަ ނުކުތާއާ ގުޅޭ
25މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 99 ވަނަ މާއްދާ މި މައްސަލައަށް ތަޠުބީޤުކުރާއިރު، މި މައްސަލައިގެ ނިންމުމުގައި ދަޢުވާ ރައްދުވާ ފަރާތުގެ މައްޗަށް ދައުވާ ނުއުފުލޭނެ ކަމަށް ނިންމާފައިވަނީ މައްސަލައިގެ ޝަރުޢީ މަރުހަލާ ކުރިއަށް ގެންގޮސް ޚަސްމުންގެ ފަރާތުން ހުށަހަޅަންޖެހޭ އެންމެހައި ހުށަހެޅުންތަކާއި ހެކިން ހުށަހަޅާ ނިމި މައްސަލައިގެ ޙުކުމުގެ ގޮތުގައިކަމާއި، މިއީ، މައްސަލައިގެ ޝަރީޢަތް ފެށުމުގެ ކުރިން ފުރިހަމަކުރަންޖެހޭ އިޖުރާއަތެއް ކަމަށް ވާއިރު، ސިވިލް ކޯޓުގެ ނިންމުމަކީ، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 99 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރާ ޚިލާފު ނިންމުމެއް ކަމަށް މުޙައްމަދު ޒަކީގެ ފަރާތުން
26ސުޕްރީމް ކޯޓު ގެ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. ޝަމްއީލް ރަޝީދު ޤަޟިއްޔާގެ 8 ވަނަ ނުކުތާގެ (ހ) ގައި ކޯޓަށް ހުށަހެޅިފައިވާ ޚުސޫމާތަކާ ގުޅިގެން ފުރަތަމަ މަރުހަލާގެ ކޯޓުން ފައިސަލާ ކުރަންވާނީ ޚަސްމުންގެ ފަރާތުން ހުށަހަޅާފައިވާ ވަގާއިއުތަކުގެ މައްޗަށް ބިނާކޮށް ފައިސަލާކުރުމަށް އެދިފައިވާ ކަންތަކަށް ކަމުގައި ކަމަށް ބަޔާންކޮށްފައިވާކަމާއި، މަދަނީ އިޖުރާއަތުގެ ޤަނޫނުގެ 39 ވަނަ މާއްދާގައި، އެހެން ޤާނޫނެއްގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު ޝަރީއަތަށް ހުށަހެޅޭ މައްސަލައެއް ނިންމުމުގައި، ހަސްމަކު އެދިފައިވާ ފަރުވާއާ ތަފާތު ނުވަތަ ހަސްމަކު އެދުނު ފަރުވާގެ އިތުރުން، އެހެން ފަރުވާއެއް ދިނުމަށް ކަނޑައަޅައިގެން ނުވާކަމަށް ބަޔާންކޮށްފައިވާކަމަށް މުޙައްމަދު ޒަކީގެ ފަރާތުން
27އިސްވެ ބުނެވުނު އުސޫލުތައް ސިވިލް ކޯޓުގެ ނިންމުމަށް ތަޠުބީޤުކުރާއިރު، ސިވިލް ކޯޓުން ނިންމާފައިވަނީ މުޙައްމަދު ޒަކީ ދަޢުވާ ހުށަހެޅިގޮތަށް މިނިސްޓްރީ އޮފް ޓޫރިޒަމްގެ މައްޗަށް ދަޢުވާ ނުކުރެވޭނެ ކަމަށް ވީނަމަވެސް، މި ދަޢުވާއަކީ އެ ފަރާތުގެ މައްޗަށް ނުކުރެވޭނެ ދަޢުވާއެއް ކަމާމެދު މި މައްސަލައިގެ އެއްވެސް ހިސާބެއްގައި އިސްތިއުނާފު ރައްދުވާ ފަރާތުން ސުވާލު އުފައްދާފައިނުވާކަމަށް މުޙައްމަދު ޒަކީ ފާހަގަކުރެއެވެ. އެހެންކަމުން، މިއީ ބުނެވުނު އުސޫލުތަކާ ޚިލާފު ނިންމުމެއް ކަމަށް މި ނުކުތާގައި މުޙައްމަދު ޒަކީ އިސްތިއުނާފުކުރާ ފަރާތުން އެދޭގޮތް
28މުޙައްމަދު ޒަކީގެ ފަރާތުން އެދިފައިވަނީ ސިވިލް ކޯޓުގެ ނަންބަރު 2123/Cv-C/2020 ޤަޟިއްޔާގެ ޙުކުމް ބާޠިލުކޮށް މި މައްސަލަ އަލުން ބެލުމަށް ސިވިލް ކޯޓަށް ތަހުވީލުކޮށްދިނުމަށެވެ. އިސްތިއުނާފު ރައްދުވާ ފަރާތުން ފާހަގަކުރި ކަންކަން ފުރަތަމަ ނުކުތާއާ ގުޅޭ
29އިސްތިއުނާފީ ފުރަތަމަ ނުކުތާއަކީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އިބްރާހީމް ޖިހާދު ވ. ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް ޤަޟިއްޔާއަށް ރިޢާޔަތްކޮށް، ހައިކޯޓުން ބަލައިގަނެ އެއާމެދު ގޮތެއް ކަނޑައަޅަންޖެހޭ އިސްތިއުނާފީ ނުކުތާ ނޫންކަމަށް ދައުލަތުން ދެކެއެވެ.
30މި މައްސަލައިގައި، މުޙައްމަދު ޒަކީ ހަވާލާދޭ ސީ.އެސް.އާރު އެއްބަސްވުމުގެ ދަށުން، އެ އެއްބަސްވުމުގައި ސޮއިކުރުމާއެކު ފެށެނީ މުޙައްމަދު ޒަކީ އަދާކުރަންޖެހޭ އިލްތިޒާމްތަކެއް ކަމާއި، ދައުލަތުން އަދާކުރަންޖެހޭ އިލްތިޒާމެއް ފެށެނީ ސީ.އެސް.އާރު އެއްބަސްވުމުގެ ދަށުން މުޙައްމަދު ޒަކީ ފުރިހަމަކުރަންޖެހޭ ސީ.އެސް.އާރު އިސްތިއުނާފުކުރުމަށް އެދި އިސްތިއުނާފުކުރާ ފަރާތުން ހުށަހެޅި ފޯމުގައި، ދަށުކޯޓުގެ ޤަޟިއްޔާގެ ޙުކުމް ބާޠިލުކޮށްދިނުމަށް އެދިފައިވީނަމަވެސް، 23 ޖޫން 2026 ގައި މި ކޯޓުގައި ބޭއްވުނު ޝަރީޢަތުގެ މަޖިލީހުގައި، އިސްތިއުނާފުކުރާ ފަރާތުން އެދޭގޮތަށް ބަދަލުގެނެސް، ދަށު ކޯޓުގެ ޙުކުމް ބާޠިލުކޮށް ދަށުކޯޓަށް މައްސަލަ ތަހުވީލުކުރުމަށް އެދިފައިވެއެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-L/91 "މައްސަލަ ބަލައިގަތުމާމެދު ނިންމި ގޮތުގެ ރިޕޯޓު" މަސައްކަތް އެ އެއްބަސްވުމުގެ 6 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މިންވަރަށް ދިއުމުންކަމާއި، އެ ހިސާބަށް މަސައްކަތް ގޮސްފައިވާކަމަށް މުޙައްމަދު ޒަކީ އެއްވސެ މިންވަރަކަށް ބުނެފައި ނުވާކަމާއި، އެ މިންވަރަށް މަސައްކަތް ކުރިކަން ސާބިތުކުރުމަށް އެއްވެސް ހެއްކެއް ހުށަހަޅާފައިނުވާކަމާއި، އެ މަސައްކަތް ކުރެވިފައިނުވަނީ އެ އެއްބަސްވުމުގެ ދަށުން ދައުލަތުން އަދާކުރަންޖެހޭ ކޮން އިލްތިޒާމެއް އަދާނުކުރުމުގެ ސަބަބުންކަމަށް މުޙައްމަދު ޒަކީއަށް ބުނެދެވިފައިނުވާކަމަށް ދައުލަތުން ފާހަގަކޮށްފައިވެއެވެ.
31މުޙައްމަދު ޒަކީގެ އެދުމުގެ މަތިން، ސީ.އެސް.އާރު އެއްބަސްވުމުގެ ދަށުން ސީ.އެސް.އާރުގެ ގޮތުގައި ހިންގުމަށް ޝަރުޠުކޮށްފައިވާ ޕްރޮޖެކްޓުގެ ބަދަލުގައި ހެކްޓަރަކަށް 600,000 (ހަލައްކަ އެމެރިކާ ޑޮލަރު) ގެ ރޭޓުން ފައިސާ ދެއްކުމަށާއި، މި ފައިސާގެ ތެރެއިން 20% (ވިހި އިންސައްތަ) ދެއްކުމުން ޖޮއިންޓް ވެންޗަރ އެގްރިމެންޓުގައި ސޮއިކުރުމުގެ ކަންކަން ކުރިއަށް ގެންދެވޭނެކަމާއި، މިނިސްޓްރީގެ ހުށަހެޅުންތައް ޤަބޫލުކުރުމާއެކު ސީ.އެސް.އާރު އެއްބަސްވުން ނިމުމަކަށް އައީ ކަމަށް އެއްބަސްވުމަށާއި އެ ޝަރުޠުތަކަށް އެއްބަސްވާނަމަ 41 (ސާދަ) ދުވަހުގެ ތެރޭގައި އެކަން އަންގަންޖެހޭނެކަމަށް ބަޔާންކޮށް، 15 ޖޫން 2014 ގައި ހުށަހެޅުމެއް ހުށަހެޅި ކަމަށާއި، މި ހުށަހެޅުން ގަބޫލުކޮށް 25 ޖޫން 2014 ގައި މުޙައްމަދު ޒަކީގެ ފަރާތުން މިނިސްޓްރީ އަށް ސިޓީ ފޮނުވާފައިވާކަމަށް ދައުލަތުން ފާހަގަކޮށްފައިވެއެވެ.
32ނަމަވެސް، މުޙައްމަދު ޒަކީ އެއްބަސްވެފައިވާގޮތަށް އެ ރަށުގެ އެކުއިޒިޝަން ކޮސްޓުގެ %20 (ވިހި އިންސައްތަ) މީރާއަށް ދައްކާފައިނުވާކަމަށާއި، ތ.ކުރެދިފުށި ޓޫރިސްޓް ރިޒޯޓެއްގެ ގޮތުގައި ތަރައްޤީކުރުމަށް މުޙައްމަދު ޒަކީއަށް ކުއްޔަށް ދިނުމަށް ދައުލަތުގެ މައްޗަށް ލާޒިމުކުރާ އެއްބަސްވުމެއް މިހާރު ނެތްކަމަށް ދައުލަތުން ފާހަގަކޮށްފައިވެއެވެ.
33ތ.ކުރެދިފުށި ކުއްޔަށް ދިނުމާގުޅޭގޮތުން މުޙައްމަދު ޒަކީއާ ދައުލަތާ ދެމެދު ކޮންޓްރެކްޓާބެހޭ ޤާނޫނުގައިވާ ގޮތުގެ މަތިން ފުރިހަމަވާންޖެހޭ ރުކުންތައް ފުރިހަމަވާނެ އެއްބަސްވުމެއް އޮތްކަމަށް މުޙައްމަދު ޒަކީގެ ފަރާތުން ބުނި ނަމަވެސް، މުޙައްމަދު ޒަކީއަށް ތ.ކުރެދިފުށި ލިބިދިނުމަށް މުޙައްމަދު ޒަކީއާ ދައުލަތާ ދެމެދު ވެފައިވާ ހަމައެކަނި އެއްބަސްވުމަކީ ސީ.އެސް.އާރު އެއްބަސްވުންކަމާއި، ސީ.އެސް.އާރު އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ގޮތް ނޫން އެހެން ގޮތަކަށް ޢަމަލުކުރުމަށް (އެކުއިޒިޝަން ކޮސްޓް ދެއްކުމުން ޖޮއިންޓް ވެންޗަރ އެއްބަސްވުމުގައި ސޮއިކުރުމަށް) މުޙައްމަދު ޒަކީއަށް އޭރުގެ ރައީސުލްޖުމްހޫރިއްޔާ އަދި ޓޫރިޒަމް މިނިސްޓަރަށް ސިޓީ ފޮނުވިކަމާއި، މުޙައްމަދު ޒަކީގެ ފަރާތުން އެދުނު ގޮތަށް ސީ.އެސް.އާރު ކޮމްޕޮނެންޓުގެ ބަދަލުގައި އެކުއިޒިޝަން ކޮސްޓް ދެއްކުމަށާއި، ދައުލަތުން ހުށަހެޅި ހުށަހެޅުންތައް ގަބޫލުކޮށް މިނިސްޓްރީއަށް އެންގުމާއެކު ސީ.އެސް.އާރު އެއްބަސްވުން ނިމުމަކަށް އައީކަމަށް މުޙައްމަދު ޒަކީގެ ފަރާތުން އެއްބަސްވެ އެކިއުޒިޝަން ކޮސްޓު ދެއްކުމަށް ދައުލަތުން ހުށަހެޅި ހުށަހެޅުން މުޙައްމަދު ޒަކީގެ ފަރާތުން ޤަބޫލުކޮށްފައިވާތީ، ސީ.އެސް.އާރު އެއްބަސްވުން މިހާރު ވުޖޫދުގައި ނެތްކަމާއި، އެ އެއްބަސްވިގޮތަށް ތ.ކުރެދިފުށީގެ އެކުއިޒިޝަން ކޮސްޓް މީރާއަށް ދައްކާފައިނުވާތީ އެރަށާ މިހާރު މުޙައްމަދު ޒަކީއާ ދައުލަތާ ދެމެދު އެއްވެސް އެއްބަސްވުމެއް ނެތްކަން ދައުލަތުން ފާހަގަކުރެއެވެ.
34ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 4 ވަނަ މާއްދާގައި، ޤާނޫނު އެހެންގޮތަކަށް ކަނޑަނާޅާނަމަ، ކޮންޓްރެކްޓަކީ ވަކި މިވެނި ގޮތަކަށް އޮތުން ލާޒިމް އެއްޗެއް ނޫންކަމަށް ބަޔާންކޮށްފައިވާކަމާއި، އެގޮތުން، އެ މާއްދާގައި މި ޤާނޫނުގެ ދަށުން ކުއްޔަށްދޫކުރާ ރަށެއްގައި ނުވަތަ ބިމެއްގައި ޓޫރިސްޓް ރިޒޯޓެއް ހަދަންވާނީ، ސަރުކާރާއި، ރަށް ނުވަތަ ބިން ކުއްޔަށް ހިފާ ފަރާތާ ދެމެދުގައި ކުރާ އެގްރީމެންޓެއްގެ ދަށުން ކަމާއި މި އެގްރީމެންޓްގައި ހިމަނަންޖެހޭ ކަންތައްތައް އެ މާއްދާގައި ބަޔާންކޮށްފައިވާކަމަށް ދައުލަތުން ފާހަގަކޮށްފައިވެއެވެ.
35ސީ.އެސް.އާރު އެއްބަސްވުން ދެފަރާތުން އެއްބަސްވެގެން ނިމުމަކަށް ގެނެސްފައިވާކަމާއި، ތ.ކުރެދިފުށި ކުއްޔަށް ދިނުމަށްޓަކައި ޖޮއިންޓް ވެންޗަރ ކުންފުންޏެއް ހެދުމަށްޓަކައި ސޮއިކުރަންޖެހޭ ޖޮއިންޓް ވެންޗަރ އެއްބަސްވުން ސޮއިކުރެވޭނީ އެރަށުގެ އެކުއިޒިޝަން ކޮސްޓްގެ %20 (ވިހި އިންސައްތަ) މީރާއަށް ދެއްކުމުންކަން މުޙައްމަދު ޒަކީއަށް މިނިސްޓްރީން ފޮނުވާފައިވާ އޮފަރ ލެޓަރގައި ކަނޑައެޅިގެން ބަޔާންކޮށްފައިވާއިރު، މި ޙަލާތުގައި ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 4 ވަނަ މާއްދާގައި ބަޔާންކުރާފަދައިން އެއްބަސްވުމެއް ކަމަށް ބެލެވޭނީ ހަމައެކަނި ދައުލަތުން ފޮނުވި އޮފަރ ލެޓަރ ޤަބޫލުކޮށް، އޭގައިވާ ޝަރުޠުތަކަށް ޢަމަލުކުރުމަށް މުޙައްމަދު ޒަކީގެ ފަރާތުން އެއްބަސްވި އެއްބަސްވުންކަމާއި، އެއީ މުޙައްމަދު ޒަކީއަށް ތ.ކުރެދިފުށި ކުއްޔަށް ދޫކުރުމަށް ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނުގެ 6 ވަނަ މާއްދާގެ ދަށުން ވެވުނު އެއްބަސްވުމެއް ނޫންކަމާއި، މުޙައްމަދު ޒަކީގެ ފަރާތުން އޮފަރ ލެޓަރގައި ބަޔާންކޮށްފައިވާ ޝަރުޠުތަކަށް އެއްބަސްވެ އެއާ އެއްގޮތަށް އެކުއިޒިޝަން ކޮސްޓް ދައްކާފައިނުވާތީ ތ.ކުރެދިފުށި ޓޫރިސްޓް ރިޒޯޓެއްގެ ގޮތުގައި ތަރައްޤީކުރުމަށް ކުއްޔަށް ދޫކުރުމަށްޓަކައި ސޮއިކުރަންޖެހޭ ޖޮއިންޓް ވެންޗަރ ކުންފުނިވެސް އުފައްދާފައިނުވާކަމާއި، އެ ކުންފުނި އުފެއްދުމަށްޓަކައި ސޮއިކުރަންޖެހޭ ޖޮއިންޓް ވެންޗަރ އެއްބަސްވުމުގައި ސޮއިވެސް ކޮށްފައިނުވާކަމާއި، އެ ރަށް ކުއްޔަށް ދިނުމާ ގުޅޭގޮތުން މުޙައްމަދު ޒަކީއާ ދައުލަތާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރެވިފައިނުވާކަން އެނގޭކަމަށް ދައުލަތުން ފާހަގަކޮށްފައިވެއެވެ.
36ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 20 އަދި 21 ވަނަ މާއްދާއާ ހަވާލާދީ، އެ ދެ މާއްދާ ވަކިވަކިން އެކުލަވާލުމުގައި ޤާނޫނު ހަދާ މަޖިލީހުގެ ނިޔަތަކީ 20 ވަނަ މާއްދާގެ ކޮންޓްރެކްޓް ނިމުމަކަށް ނުގެނެސް ކޮންޓްރެކްޓަށް ބަދަލު ގެނައުންކަމަށާއި، 21 ވަނަ މާއްދާގެ (ހ) ގެ ދަށުން ދެފަރާތުން އެއްބަސްވުން ނިމުމަކަށް ގެނައުންކަމަށާއި، މި މައްސަލައިގައި 15 ޖޫން 2014 ގައި ދައުލަތުން މުޙައްމަދު ޒަކީއަށް ހުށަހެޅި ހުށަހެޅުމުގައި ދައުލަތުގެވެސް އަދި މުޙައްމަދު ޒަކީގެ ނިޔަތަކީވެސް ސީ.އެސް.އާރު އެއްބަސްވުން ނިމުމަކަށް ގެނައުން ނޫންކަމާއި، އޭގެ ބަދަލުގައި ސީ.އެސް.އާރު އެއްބަސްވުމުގެ 2 (ދޭއް) މާއްދާއެއް އިސްލާހުކުރުންކަމަށް އިސްތިއުނާފީ ފުރަތަމަ ނުކުތާގެ ތަފްސީލުގައި 1.11 އަދި 1.12 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާއިރު، ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 20 އަދި 21 ވަނަ މާއްދާ އެކުލަވާލުމުގައި ޤާނޫނު ހަދާ މަޖިލީހުގެ ނިޔަތްކަމަށް މުޙައްމަދު ޒަކީގެ ފަރާތުން ހަމައެކަނި ބުނާބުނުމެއްގެ މައްޗަށް ބިނާކޮށް އެއީ ޤާނޫނެއް އެކުލަވާލުމުގައި އޭގެ މޭސްތިރިންގެ ނިޔަތްކަމަށް ނުބުނެވޭނެކަމާއި، ދައުލަތުން ހުށަހެޅި ހުށަހެޅުމުގައި ދައުލަތުގެ ނިޔަތަކީ ކޮބައިކަންވެސް މުޙައްމަދު ޒަކީއަށް ނުބުނެވޭނެކަމަށް ދައުލަތުން ފާހަގަކޮށްފައިވެއެވެ.
3715 ޖޫން 2014 ގައި ދައުލަތުން ހުށަހެޅި ހުށަހެޅުން ނުވަތަ އޮފަރ ލެޓަރ ގެ 1 ވަނަ ނަންބަރުގައި ސީ.އެސް.އާރު އެގްރީމެންޓުގައި ބަޔާންކޮށްފައިވާ ސީ.އެސް.އާރު އެގްރީމެންޓު ބާޠިލުވާނެކަމަށާއި، އެ ރަށުގެ އެކުއިޒިޝަން ކޮސްޓުގެ ގޮތުގައި ޖުމްލަ ދައްކަންޖެހޭ ޢަދަދު ބަޔާންކޮށްފައިވާކަމާއި، އެ އޮފަރ ލެޓަރގެ 2 ވަނަ ނަންބަރުގައި ޖޮއިންޓް ވެންޗަރ އެގްރީމެންޓުގައި ސޮއިކުރުމުގެ 30 (ތިރީސް) ދުވަސް ކުރިން ތ.ކުރެދިފުށީގެ ލީސް އެކުއިޒިޝަން ކޮސްޓުގެ %20 (ވިހި އިންސައްތަ) އަށްވާ ފައިސާ މީރާއަށް ދައްކަންޖެހޭނަކަމަށް ބަޔާންކޮށްފައިވާކަމަށް ދައުލަތުން ފާހަގަކޮށްފައިވެއެވެ.
38އެހެންކަމުން، ދައުލަތުން ހުށަހެޅި އެއް ހުށަހެޅުމަކީ ސީ.އެސް.އާރު އެގްރީމަންޓް ނިމުނުކަމަށް މުޙައްމަދު ޒަކީއަށް އެއްބަސްވުން ކަމުގައިވާއިރު، މުޙައްމަދު ޒަކީއަށް 25 ޖޫން 2014 ގައި މިނިސްޓްރީއަށް ފޮނުވި ސިޓީގައި، މިނިސްޓްރީން ހުށަހެޅި ހުށަހެޅުން އެއްކޮށް ޤަބޫލުކޮށްފައިވާތީ، ސީ.އެސް.އާރު އެގްރީމަންޓް ނިމުމަކަށް އައިސްފައިވާކަމަށް ދައުލަތުން ފާހަގަކޮށްފައިވެއެވެ.
39އެ ހުށަހެޅުމުގެ ނިޔަތަކީ ސީ.އެސް.އާރު އެއްބަސްވުމުގެ މާއްދާތަކަކަށް އިސްލާހެއް ގެނައުން ނޫންކަމާއި ދައުލަތުގެ ނިޔަތަކީ ސީ.އެސް.އާރު އެއްބަސްވުން ނިމުމަކަށް ގެނެސް، ދައުލަތުން ފޮނުވި އޮފަރ ލެޓަރ އާ އެއްގޮތަށް މުޙައްމަދު ޒަކީގެ ފަރާތުން އެ ރަށުގެ އެކުއިޒިޝަން ކޮސްޓުގެ %20 (ވިހި އިންސައްތަ) އަށްވާ ފައިސާ މީރާއަށް ދެއްކުމުން ޖޮއިންޓް ވެންޗަރ އެއްބަސްވުމުގައި ސޮއިކޮށް އެ އޮފަރ ލެޓަރގައިވާ ނިސްބަތުން މުޙައްމަދު ޒަކީއާ ދައުލަތް ހިއްސާވާ ޖޮއިންޓް ވެންޗަރ ކުންފުންޏެއް އުފައްދާ އެ ކުންފުންޏަށް ތ.ކުރެދިފުށި ކުއްޔަށް ދިނުމަށް ޓޫރިޒަމާބެހޭ ޤާނޫނުގެ 6 ވަނަ މާއްދާގެ ދަށުން ވެވޭ އެއްބަސްވުމެއް އެކުންފުންޏާއެކު ސޮއިކުރުންކަން ސާފުކޮށް އެނގޭކަމަށް ދައުލަތުން ފހާ ގަކޮށްފައި ވެއެވެ
40ބަހުސްގެ ބޭނުމަށް ސީ.އެސް.އާރު އެއްބަސްވުމަކީ މިހާރުވެސް ވުޖޫދުގައި އޮތް އެއްބަސްވުމެއް ކަމަށް ބެލި ނަމަވެސް، އެ އެއްބަސްވުމުގެ ދަށުން މުޤާބިލު (consideration) ބަދަލުވެފައިނުވާކަމަށް ދައުލަތުން ފާހަގަކޮށްފައިވެއެވެ. އަދި، ދައުލަތުން ހުށަހެޅި އޮފަރ ލެޓަރގައި ބަޔާންކޮށްފައިވާ އެކުއިޒިޝަން ކޮސްޓުގެ އެއްވެސް މިންވަރެއް ދައްކާފައިނުވާކަން މުޙައްމަދު ޒަކީގެ ބަހުން ނާއި ހުށަހެޅިފައިވާ ލިޔުންތަކުން އެނގޭތީ، މިހާރު އެ ރަށް ކުއްޔަށް ދިނުމާގުޅޭ އެއްވެސް އެއްބަސްވުމެއް މިހާރު ވުޖޫދުގައި ނެތްކަމަށް ދައުލަތުން ފާހަގަކުރެއެވެ.
41ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ބިޒްނަސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވ. މިނިސްޓްރީ އޮފް ޓޫރިޒަމް (ދައުލަތް) ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ 36 އަދި 37 ވަނަ ޕެރެގްރާފުގައި ކަނޑައަޅާފައިވާ އުޞޫލު މި މައްސަލައަށް ތަޠުބީޤުކުރާއިރު، ސީ.އެސް.އާރު އެއްބަސްވުމުގެ މުޤާބިލުވެސް އަދި ދައުލަތުން ހުށަހެޅި އޮފަރ ލެޓްރަގައި ބަޔާންކޮށްފައިވާ މުޤާބިލުވެސް ފުރިހަމަވެފައިނުވާއިރު، ދައުލަތާ މުޙައްމަދު ޒަކީއާ ދެމެދު ޤާނޫނީ ގޮތުން ބަނދެވޭ އެއްވެސް އެއްބަސްވުމެއް ވުޖޫދުގައި ނެތްކަން ދައުލަތުން ފާހަގަކުރެއެވެ.
ދެވަނަ ނުކުތާއާގުޅޭ
42ސީ.އެސް.އާރު އެއްބަސްވުމުގެ ދަށުން މުޙައްމަދު ޒަކީ ފުރިހަމަކުރަންޖެހޭ މަސައްކަތް ކުރެވިފައިނުވަނީ އެ އެއްބަސްވުމުގެ ދަށުން ދައުލަތުން އަދާކުރަންޖެހޭ ކޮން އިލްތިޒާމެއް އަދާނުކުރުމުގެ ސަބަބުންކަން ބުނެދެވިފައިނުވާކަމާއި، ސީ.އެސް.އާރު އެއްބަސްވުމުގެ ދަށުން މުޙައްމަދު ޒަކީ އަދާކުރަންޖެހޭ އިލްތިޒާމްތައް އަދާކުރުމުގެ ބަދަލުގައި އެކުއިޒިޝަން ކޮސްޓް ދައްކާގޮތަށް އެ ރަށް ޓޫރިސްޓް ރިޒޯޓެއްގެ ގޮތުގައި ތަރައްޤީ ކުރުމަށް މުޙައްމަދު ޒަކީ އެދިފައިވާކަން އެނގެން އޮތް އިރު، ދައުލަތުން ހުށަހެޅި ހުށަހެޅުން ގަބޫލުކުރުމުގައި މުޙައްމަދު ޒަކީއަށް އެއްވެސް މަޖުބޫރުކަމެއްނެތްކަމަށް ދައުލަތުން ފާހަގަކޮށްފައިވެއެވެ.
43ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 13 އަދި 15 ވަނަ މާއްދާ، މި މައްސަލައަށް ތަޠުބީޤުކުރާއިރު، 25 ޖޫން 2014 ގައި އެކުއިޒިޝަން ކޮސްޓް ދެއްކުމަށް މިނިސްޓްރީން ހުށަހެޅި ހުށަހެޅުން މުޙައްމަދު ޒަކީ ޤަބޫލުކުރުމުން ސީ.އެސް.އާރު އެއްބަސްވުން ނިމުމަކަށް އަންނާނެކަން މުޙައްމަދު ޒަކީ ޤަބޫލުކުރުމަކީ، ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 13 އަދި 15 ވަނަ މާއްދާގައި ބުނާފަދަ ޙާލަތެއް ވުޖޫދުނުވާކަމަށް ދައުލަތުން ފާހަގަކުރެއެވެ.
44ސީ.އެސް.އާރު އެއްބަސްވުމުގެ ބަދަލުގައި އެކުއިޒިޝަން ކޮސްޓް ދެއްކުމަށް ހުށަހެޅި ހުށަހެޅުން މުޙައްމަދު ޒަކީގެ ފަރާތުން ގަބޫލުކުރުމަކީ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 21 ވަނަ މާއްދާގެ (ހ) ގެ ދަށުން ސީ.އެސް.އާރު އެއްބަސްވުން ނިމުމަކަށް އައިސްފައިވާކަމަށް ބެލެވޭ ހާލަތުގައިވެސް ދައުލަތުން އަމަލުކޮށްފައިވަނީ އެ މާއްދާގެ
(ށ) އާ ޚިލާފަށްކަމަށް މުޙައްމަދު ޒަކީގެ ފަރާތުން ބުނެފައިވީނަމަވެސް، ދައުލަތުން ހުށަހެޅި ހުށަހެޅުން ޤަބޫލުކޮށް މުޙައްމަދު ޒަކީގެ ފަރާތުން އެކަން ލިޔުމުން މިނިސްޓްރީއަށް އެންގުމާއެކު ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 21 ވަނަ މާއްދާގެ (ހ) ގެ ދަށުން ސީ.އެސް.އާރު އެއްބަސްވުން ނިމުމަކަށް އައިސްފައިވާކަމަށް ދެފަރާތުން އެއްބަސްވީކަމާއި، މި ކަމުގައި އެ ޤާނޫނުގެ 21 ވަނަ މާއްދާގެ (ށ) އާ ޚިލާފަށް ދައުލަތުން ޢަމަލުކޮށްފައިނުވާކަމާއި، އެ މާއްދާއާ ޚިލާފަށް ދައުލަތުން ކޮށްފައިވާކަމެއް މުޙައްމަދު ޒަކީއަށް ބުނެދެވިފައިނުވާކަމަށް ދައުލަތުން ފާހަގަކޮށްފައިވެއެވެ.
45ސީ.އެސް.އާރު އެއްބަސްވުމުގެ ތަޢާރަފުގެ ii ގައި ބަޔާންކޮށްފައިވާ ކަންކަމަށް ބަލާއިރު، އެއްބަސްވުމުގެ ދަށުން ޓޫރިސްޓް ރިޒޯޓެއްގެ ގޮތުގައި ތަރައްޤީކުރުމަށް ތ.ކުރެދިފުށި ކުއްޔަށް ދޫކުރެވޭނީ އެ އެއްބަސްވުމުގައި ކަނޑައެޅިފައިވާ ޝަރުތުތައް، އެއްބަސްވުމުގައި ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި މުޙައްމަދު ޒަކީގެ ފަރާތުން ފުރިހަމަކުރުމުން ކަމާއި، މި އެއްބަސްވުމުގެ ދަށުން އެންމެ ފުރަތަމަ އުފަންވެގެންދަނީ މުޙައްމަދު ޒަކީގެ އިލްތިޒާމްތައްކަން އެނގޭކަމަށް ދައުލަތުން ފާހަގަކޮށްފައިވެއެވެ.
46ސީ.އެސް.އާރު އެއްބަސްވުމުގެ 4، 5، 6، އަދި 7 ވަނަ މާއްދާގައި ސީ.އެސް.އާރު ކޮމްޕޮނަންޓް ފުރިހަމަކުރުމާ ގުޅޭގޮތުން މުޙައްމަދު ޒަކީ ފުރިހަމަކުރަންޖެހޭ މަސައްކަތްތައް ބަޔާންކޮށްފައިވާކަންކަމަށް ރިޢާޔަތްކުރާއިރު، އެ މާއްދާތަކުގެ ދަށުން ދައުލަތުގެ އިދާރާތަކުން ނަގަންޖެހޭކަމަށް އެ މާއްދާތަކުގައި ބުނާ ހުއްދަތައް ނެގުމަށް އެ މާއްދާތަކުގައި ބުނާ ލިޔެކިޔުންތައް ކަމާގުޅޭ އިދާރާތަކަށް ހުށަހެޅިކަން އެނގޭނެ އެއްވެސް ހެއްކެއް ހުށަހަޅާފައިނުވާއިރު، އަދި ދައުލަތުން ހުއްޓުވާފައިވަނީ އެއްބަސްވުމުގެ ހަވާލާދެވުނު މާއްދާތަކުގެ ދަށުން މުޙައްމަދު ޒަކީ ކުރަންޖެހި، ކުރަމުންދިޔައީ ކޮން މަސައްކަތެއްކަންވެސް ބުނެދީފައިނުވާއިރު، މުޙައްމަދު ޒަކީ، ސީ.އެސް.އާރު އެއްބަސްވުމާ އެއްގޮތަށް ސީ.އެސް.އާރު މަސައްކަތް ފުރިހަމަކުރެވިފައި ނުވަނީ ސީ.އެސް.އާރު ކޮމްޕޮނަންޓުގެ މަސައްކަތް ކުރަމުންދަނިކޮށް، ދައުލަތުން މަސައްކަތް ހުއްޓުވައި، މަސައްކަތަށް ހުރަސްއެޅުމުން ނޫންކަން އެނގޭކަމަށް ދައުލަތުން ފާހަގަކޮށްފައިވެއެވެ.
47ސީ.އެސް.އާރު އެއްބަސްވުމުގެ ދަށުން ދައުލަތުގެ އިލްތިޒާމްތައް އުފަންވަނީ، މުޙައްމަދު ޒަކީގެ ފަރާތުން ކުރަންޖެހޭ މަސައްކަތްތައް ނިމުމުންކަން އެ އެއްބަސްވުމުގެ 8، 9، އަދި 10 ވަނަ މާއްދާއިން އެނގޭކަމާއި، ސީ.އެސް.އާރު އެއްބަސްވުން ނިމުނުކަމަށް ޤަބޫލުކޮށް މިނިސްޓްރީގެ އޮފަރ ލެޓަރގައިވާ ޝަރުޠުތަކަށް މުޙައްމަދު ޒަކީ އެއްބަސްވެފައިވާކަން މައްސަލައިގައި ހުށަހެޅުނު ލިޔުންތަކުން އެނގޭކަމަށް ދައުލަތުން
48އެކުއިޒިޝަން ކޮސްޓް ދެއްކުމާ ގުޅިގެން 15 ޖޫން 2014 ގައި މިނިސްޓްރީން ހުށަހެޅި ހުށަހެޅުން، ޤަބޫލުކޮށް، 25 ޖޫން 2014 ގައި އެކަން ލިޔުމުން މިނިސްޓްރީއަށް އެންގި ދުވަހުންފެށިގެން އެ އެއްބަސްވި ގޮތަށް އެކިއުޒިޝަން ކޮސްޓުގެ %20 (ވިހި އިންސައްތަ) ދައުލަތަށް ދައްކާފައިނުވާތ ތ.ކުރެދިފުށި މުޙައްމަދު ޒަކީއަށް ކުއްޔަށް ދިނުމުގެ މުޢާމަލާތް ކުރިއަށް ގެންދިއުމަށް ސަރުކާރުގެ މައްޗަށް ލާޒިމުނުވާކަމަށް މުޙައްމަދު ޒަކީއަށް އެންގި ތާރީޚު ކަމުގައިވާ 4 ނޮވެންބަރު 2019 އާ ހަމައަށްވެސް މުޙައްމަދު ޒަކީ އެއްބަސްވިގޮތަށް އެކިއުޒިޝަން ކޮސްޓް ދައްކާފައިނުވާކަމަށް ދައުލަތުން ފާހަގަކޮށްފައިވެއެވެ.
49އިސްވެ ބަޔާންކުރެވުނު ކަންކަން ސިވިލް ކޯޓުގެ ޝަރީއަތް ނިމުނުގޮތުގެ ފާހަގަކުރެވުނު ނުކުތާތަކުގެ 4 ވަނަ ނަންބަރުގެ (ހ) އިން (ރ) ގެ ނިޔަލަށް ތަފްސީލުކޮށް ބަޔާންކޮށްފައިވާއިރު، ސިވިލް ކޯޓުން މި މައްސަލަ ނިންމާފައިވަނީ މުޅި މައްސަލައިގައި ކަން ހިނގާފައިވާ ގޮތަށް ރިޢާޔަތްކުރުމަށްފަހުގައި ކަމާއި، އެ ނިންމުމަކީ، ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 13، 15 އަދި 21 ވަނަ މާއްދާއާ ޚިލާފަށް ނިންމާފައިވާ ނިންމުމެއް ނޫންކަމަށް ދައުލަތުން ފ ހަގަކުރެއެވެ.
50ދިވެހިރާއްޖޭގެ ހައިކޯޓުގެ ގްލޯބަލް ވިންގްސް ޕްރައިވެޓް ލިމިޓެޑް ވ. ދައުލަތް (މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ) ޤަޟިއްޔާގެ 32 އިން 28 ގެ ނިޔަލަށް ހުރި ނުކުތާތަކުގައި ފާހަގަކޮށްފައިވާ ކަންކަމަށް ރިޢާޔަތްކުރާއިރު، ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 11 ވަނަ މާއްދާގެ (ހ) އާއި، 17 ވަނަ މާއްދާއާއި، 21 ވަނަ މާއްދާގެ (ހ) އަދި 22 ވަނަ މާއްދާގެ (ހ) އަށް ބެލުމުން ދެފަރާތެއްގެ ދެމެދުގައި ވެފައިވާ އެއްބަސްވުމެއް ބާޠިލުކުރެވޭނެ ހާލަތްތަކަކީ ކޮބައިކަން އެނގޭކަމާއި، އެއްބަސްވުން ދެފަރާތުން ނިމުމަކަށް ގެނެސްފައިވާކަމަށް މައްސަލަ ބަލާ ފަނޑިޔާރަށް ޤަބޫލުކުރެވިގެން އެގޮތަށް މައްސަލަ ނިންމާ ހާލަތުގައި އެއްބަސްވުން ބަލަން ނުޖެހޭނެކަމަށާއި، އެހާލަތުގައި އެއީ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 21 ވަނަ މާއްދާގެ (ހ) އާ ޚިލާފަށް އެއްބެސްވުން ބާޠިލުކުރުން ކަމުގައި ނުވެލެވޭނެކަމަށް ދައުލަތުން ފާހަގަކޮށްފައިވެއެވެ. ތިންވަނަ ނުކުތާއާގުޅޭ އިޖުރާއީ ގޮތުން ފާހަގަކުރި ނުކުތާ
51އިސްތިއުނާފީ 3 ވަނަ ނުކުތާގައި ހަވާލާދީފައިވާ ޤަޟިއްޔާއާއި، އެ ޤަޟިއްޔާގެ ރެފަރެންސްގެ ގޮތުގައި ބަޔާންކޮށްފައިވާ ޤަޟިއްޔާ ނަންބަރާ ދިމާނުވާކަމަށާއި، އެގޮތުން، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޢަލީ ޙަސަން ޤަޟިއްޔާގެ ރަނގަޅު ޤަޟިއްޔާ ނަންބަރުގެ ބަދަލުގައި ބަޔާންކޮށްފައިވަނީ ޢަބްދުﷲ ޔާމީން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/429 ޤަޟިއްޔާ ޢަބްދުލްޤައްޔޫމް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ޤަޟިއްޔާގެ ނަންބަރު ކަމަށް ބަޔާންކޮށްފައިވާކަމަށް ދައުލަތުން ފާހަގަކޮށްފައިވެއެވެ.
52އެގޮތުން، ހަވާލާދީފައިވަނީ، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޢަލީ ޙަސަން ޤަޟިއްޔާގެ 145 ވަނަ ނުކުތާގައި ކަނޑައަޅާފައިވާ އުޞޫލަށް ކަމަށް ބަޔާންކޮށްފައިވާއިރު، އެ ޤަޟިއްޔާގައި ބަޔާންކޮށްފައިވާނީ 5 (ފަހެއް) ނުކުތާކަމަށްވެސް ދައުލަތުން ފާހަގަކޮށްފައިވެއެވެ.
53އެގޮތުން، ބަހުސްގެ ބޭނުމަށްޓަކައި، މި އިސްތިއުނާފީ ނުކުތާގައި، ހަވާލާދޭން ބޭނުންވަނީ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ޤަޟިއްޔާގެ 145 ވަނަ ނަންބަރުގައި ކަނޑައަޅާފައިވާ އުސޫލުކަމަށް ބަލާ ހާލަތުގައިވެސް، އެ ނަންބަރުގައި ބަޔާންކޮށްފައިވަނީ ހެކިވެރިޔާއާ ސުވާލުކޮށް ތަޢުނުކުރުމުގެ ފުރުސަތު މައްސަލައިގެ ޚަސްމުންނަށް ލިބިދިނުމާއި، އެ ހެކިބަހުން ކުރިމަތީގައި އޮތް މައްސަލައިގައި ފަނޑިޔާރަށް ޤަބޫލުކުރެވޭ ގޮތް ނުވަތަ ދޭހަވާ ދޭހަވުން ބަޔާންކުރުމުގެ ވާހަކަ ކަމުގައިވާއިރު، މި މައްސަލައިގައި ހެކިން ހާޟިރުކޮށްފައިނުވާއިރު، ހެކިންނާ ސުވާލުކުރުމާއި ހެކިބަހުން ފަނޑިޔާރަށް ޤަބޫލުކުރެވޭ ގޮތް ނުވަތަ ދޭހަވާ ދޭހަވުމާ ގުޅޭގޮތުން މި ޤަޟިއްޔާ ތަޠުބީޤުނުކުރެވޭނެކަމަށް ދައުލަތުން ފާހަގަކޮށް، މިއީ އިސްތިއުނާފީ އޮޅިގަނޑު ގިރާކުރާ ނުކުތާއެއް ނޫންކަމަށް ފާހަގަކޮށްފައިވެއެވެ.
މައުޟޫޢީ ގޮތުން
54ހެކި ހުށަހެޅުމަކީ ޚަސްމުންނަށް އޮތް ޙައްޤެއް ނަމަވެސް، މިއީ މުޠުލަޤުކޮށް އޮތް ޙައްޤެއް ނޫންކަން މިހާތަނަށް ޝަރުޢީ ކޯޓުތަކުން ޢަމަލުކުރަމުން އައި ގޮތުން ފާހަގަކުރެވޭކަމާއި، އެކި ސަބަބުތަކާހުރެ ހެކިން ހާޟިރުކުރުމަކާނުލައި މައްސަލަތަކުގައި ގޮތް ކަނޑައަޅާފައިވާކަން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މެރީޑިއަމް ސަރވިސަސް ޕްރައިވެޓް ލިމިޓެޑް ވ. ސަޢީދާ މޫސާ ޤަޟިއްޔާގެ 39 ވަނަ ޕެރެގްރާފުގައި ފާހަގަކޮށްފައިވާކަމާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ މުޙައްމަދު ސަޢީދު ވ. ޤާސިމް އިބްރާހީމް ޤަޟިއްޔާގައި، މައްސަލައާ ގުޅުންހުރި ހެކި ކަނޑައެޅުމުގެ ބާރު ފަނޑިޔާރުންނަށް ލިބިދެވުމާއެކު ހެކިން ހާޟިރުނުކުރަން ނިންމާ ސަބަބު ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގައި ބަޔާންކުރަންވާނެކަމަށް ކަނޑައަޅުއްވާފައިވާކަމާއި، ސިވިލް ކޯޓުގެ އަރާމް ޓްރެވަލް ޕްރައިވެޓް ލިމިޓެޑް ވ. މިނިސްޓްރީ އޮފް ޓޫރިޒަމް (ދައުލަތް) ޤަޟިއްޔާގައި، ހެކި ހާޟިރު ނުކުރުމަށް ނިންމި ސަބަބު އެ ޤަޟިއްޔާގައި ބަޔާންކުރުމުން، އެއީ ޖާއިޒު ސަބަބުތަކެއްކަމަށް އެ މައްސަލަ އިސްތިއުނާފު ކުރެވުނު ހައިކޯޓުގެ ނަންބަރު 2016/HC-A/186 ޤަޟިއްޔާގައި ކަނޑައަޅާފައިވާކަމާއި، މި މައްސަލައިގައިވެސް، މުޙައްމަދު ޒަކީ ހުށަހެޅި ހެކިން ހާޟިރުކުރުމަކީ މައްސަލަ ބެލި ޤާޟީއަށް ލިބިގެންވާ އިޚްތިޔާރެއްކަމަށް އިސްވެ ދެންނެވުނު ޤަޟިއްޔާތަކުގައި ކަނޑައަޅާފައިވާ އުޞޫލުތަކުން އެނގެން އޮންނަކަމަށް ދައުލަތުން ފާހަގަކޮށްފައިވެއެވެ.
55މުޙައްމަދު ޒަކީ ސިވިލް ކޯޓަށް ހުށަހެޅި ދަޢުވާ ގައި، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއާ މުޙައްމަދު ޒަކީއާ ދެމެދު ވެފައިވާ އެއްބަސްވުމާ ދައުލަތުން ޚިލާފުވެފައިވާކަމަށް ކަނޑައަޅައިދިނުމަށް އެދިފައިވާއިރު، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއިން އެ އެއްބަސްވުމާ ޚިލާފުވެފައިވާކަމަށް ކަނޑައެޅޭނީ އެ މިނިސްޓްރީއަށް ރައްދުވާގޮތަށް ހުށަހެޅޭ ދަޢުވާއެއްގައި ކަމާއި، މުޙައްމަދު ޒަކީ ހުށަހެޅި ދަޢުވާއަކީ މިނިސްޓްރީ އޮފް ޓޫރިޒަމްއަށް ރައްދުވާގޮތަށް ހުށަހެޅި ދަޢުވާއެއްކަމަށް ވުމުން، ދަށުކޯޓުގައި މުޙައްމަދު ޒަކީ ހާޟިރުކޮށްދިނުމަށް އެދުނު ހެކިން ހާޟިރުކޮށް އެ ހެކިންގެ ހެކިބަސް ނަގަންޖެހޭ ސަބަބެއް ނެތްކަމަށް ދަށުކޯޓުގެ ނިންމުމުގެ ފާހަގަކުރެވުނު ނުކުތާތަކުގެ (ޅ) ގައި ކަނޑައަޅާފައިވުމުން، ހެކިން ހާޟިރުކުރުމާ ގުޅޭގޮތުން ސިވިލް ކޯޓުން ނިންމި ނިންމުމަކީ އިސްވެ ފާހަގަކުރެވުނު އުސޫލުތަކާ އެއްގޮތަށް ނިންމި ނިންމުމެއްކަމަށް ދައުލަތުން ފާހަގަކޮށްފައިވެއެވެ.
ހަތަރުވަނަ ނުކުތާއާ ގުޅޭ
56ދަށުކޯޓުގެ ނިންމުމަށް ވާސިލްވިގޮތުގެ ތަފްސީލް އެ ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގައި ބަޔާންކޮށްފައިވާކަމާއި، އެގޮތުން މުޙައްމަދު ޒަކީގެ ފަރާތުން ހަވާލާދޭ އެއްބަސްވުމުގެ މާއްދާތަކާ ހަވާލާދީ، އެ އެއްބަސްވުމުގެ ދަށުން އެންމެ ފުރަތަމަ އުފަންވަނީ މުޙައްމަދު ޒަކީގެ އިލްތިޒާމްތައް ކަމަށާއި، ދައުލަތުގެ އިލްތިޒާމެއް އެ އެއްބަސްވުމުގެ ދަށުން އުފަންވަނީ އެ އެއްބަސްވުމުގެ ދަށުން މުޙައްމަދު ޒަކީ އަދާކުރަންޖެހޭ އިލްތިޒާމުތައް އަދާކުރުމުން ކަމާއި، މި މައްސަލއަ ގައި އެއްބަސްވުމާ އެއްގޮތަށް ޢަމަލުކޮށްފައިނުވަނީ މުޙައްމަދު ޒަކީގެ ފަރާތުންކަން ފާހަގަކުރެވުނު ނުކުތާގެ (ހ) އިން (ރ) ގެ ނިޔަލަށް ހުރި ނުކުތާތަކުގައި
57ކޯޓަށް ހުށަހެޅުނު ޚުސޫމާތަކާ ގުޅިގެން ފުރަތަމަ މަރުހަލާގެ ކޯޓުން ފައިސަލާކުރަންވާނީ ޚަސްމުންގެ ފަރާތުން ހުށަހަޅާފައިވާ ވަޤާއިއުތަކުގެ މައްޗަށް ބިނާކޮށް ކަމަށް ބަޔާންކުރާ މަފްހޫމްގެ މާނައަކީ، ދަޢުވާއެއްގައި ދަޢުވާކުރާ ފަރާތުން ހުށަހެޅި ދަޢުވާގައި ހުށަހަޅާފައިވާ ކަންކަމުގެ މައްޗަށް ރިޢާޔަތްކޮށް އެ ދަޢުވާ ސާބިތުވާކަމަށް ނުވަތަ ނުވާކަމަށް ކަނޑައެޅުންކަމާއި، ދަޢުވާކުރާ ފަރާތުން އެދިފައިވާ ކަންކަން އެގޮތަށް ކަނޑައަޅާނެ ހަމައެއް ނެތްކަމަށް ކަނޑައެޅުމަކީ އެ ދަޢުވާ ސާބިތުނުވުންކަމާއި، އެއީ ދަޢުވާކުރާ ފަރާތުން އެދުނު ފަރުވާ ނޫން ފަރުވާއެއް ނަގައިދިނުން ނޫންކަމާއި އެހެނީ ދަޢުވާ ސާބިތުނުވުމަކީ ދަޢުވާގައި ހިމެނޭ އަނެއް ޚަސްމު އެދުނު ފަދައިން އެ ދަޢުވާގައި ގޮތް ކަނޑައެޅުން ކަމުގައިވާތީކަމަށް ދައުލަތުން
58ސިވިލް ކޯޓުން ޙުކުމް ކޮށްފައިވަނީ، "އިސްވެ ފާހަގަކުރެވުނު ނުކުތާތަކަށް ރިޢާޔަތްކުރާއިރު، މުޙައްމަދު ޒަކީ ހުށަހަޅާފައިވާ މިދަޢުވާގައި އެދިފައިވާ ކަންކަން އެ ގޮތަށް ކަނޑައަޅާނެ ހަމައެއް ނެތްކަމަށް ކަނޑައަޅައި، ޙުކުމްކޮށްފީމެވެ." މިފަދައިން ކަމާއި، މިއީ ދަޢުވާ ލިބޭ ފަރާތުގެ ހައިސިއްޔަތުން ޖުމްލަ ގޮތެއްގައި ދައުލަތުން އެދުނު ފަރުވާކަމާއި މިއީ ޚަސްމުން އެދިފައިނުވާ ކަމަކަށް ގޮތް ކަނޑައެޅުން ނޫންކަމަށް ދައުލަތުން
59ސިވިލް ކޯޓުގެ ނިންމުމުގެ 4 ވަނަ ނުކުތާގެ (ބ) ގައި މައްސަލަ ބެލި ޤާޟީ ފާހަގަކޮށްފައިވާ ގޮތަށް، މިނިސްޓްރީ އޮފް ޓޫރިޒަމުން ހުށަހެޅި ހުށަހެޅުމެއް މުޙައްމަދު ޒަކީގެ ފަރާތުން ގަބޫލުކުރުމަކުން ސީ.އެސް.އާރު އެއްބަސްވުން ނިމުމަކަށް އައިސްފައިވާކަމަށް ކަނޑައެޅޭނެ އެއްވެސް ޤާނޫނީ ހަމައެއް ނެތްކަމަށް މުޙައްމަދު ޒަކީގެ ފަރާތުން ފާހަގަކުރިނަމަވެސް، ސީ.އެސް.އާރު ކޮމްޕޮނަންޓްގެ ބަދަލުގައި ލީސް އެކުއިޒިޝަން ކޮސްޓު ދައްކާގޮތަށް ތ.ކުރެދިފުށި ލިބޭނެ ގޮތް ހަމަޖައްސައިދިނުމަށް 17 އެޕްރީމް 2014 ގައި އޭރުގެ މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އާޓްސް އެންޑް ކަލްޗަރގައި އެދެންޖެހޭ ސަބަބެއް ނެތްކަމާއި، 17 އެޕްރީލްގައި މުޙައްމަދު ޒަކީ ފޮނުވި ސިޓީގެ ޖަވާބުގައި 25 ޖޫން 2014 ގައި މިނިސްޓްރީ އޮފް ޓޫރިޒަމުން ފޮނުވި ހުށަހެޅުން ޤަބޫލުކޮށް ލިޔުމުން އެކަން މިނިސްޓްރީ އޮފް ޓޫރިޒަމަށް އަންގާފައިވާކަމާއި، މުޙައްމަދު ޒަކީގެ ފަރާތުން ޢަމަލުކޮށްފައިވަނީ އެފަރާތުން ފާހަގަކުރާ ހަމައާ ޚިލާފަށް ކަމަށް ބަޔާންކުރުމުގެ ގޮތުން ފާހަގަ ކޮށްފައިވާ ނުކުތާއެއް ކަމަށް ދައުލަތުން ފާހަގަކޮށްފައިވެއެވެ.
60މީގެ އިތުރުން ސިވިލް ކޯޓުގެ ނިންމުމުގެ އިސްވެ ބަޔާންކުރެވުނު ނުކުތާއަކީ، އެ މައްސަލައިގެ ޙުކުމަށް ވާސިލްވި ނުވަތަ ޙުކުމް އެ މައްޗަށް ބުނާވެފައިވާ ޤާނޫނީ ސަބަބުތައް (Ratio decidendi) ނޫންކަމާއި، މިއީ އެ ނިންމުމަށް ވާސިލުވި ސަބަބު ފަނޑިޔާރުގެ ޙުކުމުގައި ބަޔާންކުރުމުގެ ބޭރުން ދައްކާފައިވާ އަދި އެ ޤަޟިއްޔާގައި ކުރާ ޙުކުމަށް ވާސިލުވި ސަބަބާ ގުޅުންނެތް dicta Obiter ގެ ގޮތުގައި ފަނޑިޔާރުން ފާހަގަކޮށްފައިވާ ނުކުތާއެއް ކަމަށް ދައުލަތުން ފާހަގަކޮށްފައިވެއެވެ.
އިސްތިއުނާފު ރައްދުވާ ފަރާތުން އެދޭގޮތް
61ދައުލަތުން އެދިފައިވަނީ އިސްތިއުނާފުކުރާ ފަރާތުން ހުށަހެޅި ނުކުތާތަކުގެ މައްޗަށް ބިނާކޮށް ސިވިލް ކޯޓުގެ ނަންބަރު 2123/Cv-C/2020 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަށް ބަދަލުގެންނަންޖެހޭ ތަނެއް ނެތްކަމަށް ކަނޑައަޅައިދީ، މުޙައްމަދު ޒަކީގެ ފަރާތުން ސިވިލް ކޯޓުގައި ނަގައިދިނުމަށް އެދުނު ފަދައިން ގެއްލުމުގެ ބަދަލު ނަގައިދިނުމަށް އަމުރުކުރާނެ ތަނެއް ނެތްކަމަށް ކަނޑައަޅައިދިނުމަށެވެ. ޝަރީޢަތަށް ފާހަގަކުރެވޭ ކަންކަން ގޮތް ކަނޑައަޅަންޖެހޭ ކަންކަން
62މި މައްސަލައިގައި ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާތަކަށް ބަލާއިރު، މި މައްސަލައިގައި މިކޯޓުން ގޮތް ކަނޑައަޅަންޖެހެނީ؛
62.1 ދަށުކޯޓުގެ ނިންމުމަކީ، ދެފަރާތުގެ ދެމެދުގައި ކުރެވުނު މުޢާމަލާތާ ގުޅިގެން ކަންހިނގާފައިވާ ގޮތަށް ރިޢާޔަތް ކުރުމެއްނެތި ނިންމާފައިވާ ނިންމުމެއްތޯ؟އާއި؛
62.2 ސީ.އެސް.އާރު އެއްބަސްވުމާ ދައުލަތުން ޚިލާފުވެފައިވާކަން ނުވަތަ ނޫންކަން ކަނޑައެޅޭނީ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއަށް ރައްދުވާ ދަޢުވާއެއްގައި ކަމަށް ކަނޑައެޅި ކަނޑައެޅުމަކީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 99 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރާ އެ ޤާނޫނުގެ 39 ވަނަ މާއްދާއާއި ސުޕްރީމް ކޯޓުގެ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. ޝަމްއީލް ރަޝީދު ޤަޟިއްޔާއާ ޚިލާފު ނިންމުމެއްތޯ ؟ އަދި
62.3 ސީ.އެސް.އާރު އެއްބަސްވުމުގެ ދަށުން މަސައްކަތް ފެށިކަމާއި، މަސައްކަތް ކުރިއަށް ގެންދެވިފައިނުވަނީ، އިސްތިއުނާފު ރައްދުވާ ފަރާތުގެ ސަބަބުންކަން ސާބިތުކުރުމަށް ހެކި ހުށަހަޅާފައިވާއިރު، ހެކިންގެ ހެކިބަސް ނަގާފައިނުވަނީ، ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ
(ށ) ގެ 1 ވަނަ ނަންބަރާ އަދި ސުޕްރީމް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޢަލީ ޙަސަން ޤަޟިއްޔާއާ ޚިލާފަށްތޯ ؟އެވެ. ދަށުކޯޓުގެ ނިންމުމަކީ، ދެފަރާތުގެ ދެމެދުގައި ކުރެވުނު މުޢާމަލާތާ ގުޅިގެން ކަންހިނގާފައިވާ ގޮތަށް ރިޢާޔަތް ކުރުމެއްނެތި ނިންމާފައިވާ ނިންމުމެއްތޯ؟
63އިސްތިއުނާފުކުރާ ފަރާތުން ހުށަހެޅި ފުރަތަމަ އަދި ދެވަނަ އިސްތިއުނާފީ ނުކުތާވެސް ބިނާކޮށްފައިވަނީ ދަށުކޯޓުން ދެފަރާތުގެ ދެމެދުގައި ކުރެވުނު މުޢާމަލާތުގައި ކަންހިނގާފައިވާ ގޮތަށް ރިޢާޔަތްކޮށްފައިނުވާކަމަށް ބުނެ އެކަމެވެ.
64މައިގަނޑު ގޮތެއްގައި މުޙައްމަދު ޒަކީގެ މި ބަހުސް ބިނާކުރަނީ، މި މައްސަލައިގައި ފުރަތަމަ ވެވުނު ސީ.އެސް.އާރު އެއްބަސްވުމަކީ، ދެމިއޮތް އެއްބަސްވުމެއް ކަމަށް ބުނެ އެކަމުގެ މައްޗަށެވެ. މުޙައްމަދު ޒަކީ ބުނަނީ، ސީ.އެސް.އާރު އެއްބަސްވުމުގެ ދަށުންވެސް، އަދި ސީ.އެސް.އާރު ކޮމްޕޮނަންޓް، އެކުއިޒިޝަން ކޮސްޓަށް ބަދަލުކުރުމަށް އެއްބަސްވި އެއްބަސްވުމަކީ، ދެ އެއްބަސްވުމެއް ނޫންކަމަށެވެ.
65އެހެންކަމުން، ފުރަތަމަ ދެ އިސްތިއުނާފީ ނުކުތާއާ ގުޅޭ ގޮތުން ގޮތް ކަނޑައެޅޭނީ މި މުޢާމަލާތް ހިނގާފައިވަނީ ހަމަ ހަޤީޤަތުގައިވެސް މުޙައްމަދު ޒަކީގެ ފަރާތުން ފާހަގަކުރި ގޮތަށްތޯ ބަލައިގެން ކަމުގައި އަހުރެންނަށް ފާހަގަކުރެވެއެވެ.
66ތ.އޮމަދޫ އަދި ތ.ކިނބިދޫގެ ނަރުދަމާގެ ނިޒާމު ޤާއިމުކުރުމުގެ މުޤާބިލުގައި ތ.ކުރެދިފުށި ރިޒޯޓެއްގެ ގޮތުގައި ތަރައްޤީކުރުމަށް މުޙައްމަދު ޒަކީއަށް ކުއްޔަށް ދިނުމުގެ ގޮތުން 23 ޖަނަވަރީ 2012 ގައި މުޙައްމަދު ޒަކީއާ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އާ ދެމެދު އެއްބަސްވުމެއް ވެފައިވެއެވެ. މި ސީ.އެސް.އާރު އެއްބަސްވުން ވެފައިވާކަމަށް މި މައްސަލައިގެ ޚަސްމުންގެ މެދުގައި ޚިލާފެއް ނެތެވެ.
67އިސްވެ ބަޔާންކުރެވުނު ސީ.އެސް.އާރު އެއްބަސްވުމާ ހަވާލާދީ، މިނިސްޓްރީ އޮފް ޓޫރިޒަމުން 15 ޖޫން 2014 ގައި ހުށަހެޅުމެއް ހުށަހެޅިއެވެ. މި ހުށަހެޅުން ހުށަހެޅި ކަމާމެދުވެސް މި މައްސަލައިގެ ޚަސްމުންގެ މެދުގައި ޚިލާފެއްނެތެވެ.
68އެގޮތުން، 15 ޖޫން 2014 ގައި މިނިސްޓްރީ އޮފް ޓޫރިޒަމުން މުޙައްމަދު ޒަކީއަށް ފޮނުވި ސިޓީ އަށް ބަލާއިރު، އެ ސިޓީގައިވާ ކަންކަމަށް އެއްބަސްވާނަމަ، އެ ސިޓީ ލިބޭތާ 14 (ސާދަ) ދުވަހުގެ ތެރޭގައި އެ މިނިސްޓްރީއަށް އެންގުމަށް ބަޔާންކޮށްފައިވެއެވެ. މުޙައްމަދު ޒަކީގެ ފަރާތުން 25 ޖޫން 2014 ގައި މިނިސްޓްރީ އޮފް ޓޫރިޒަމްގެ ހުށަހެޅުން ޤަބޫލުކޮށް، އެ މިނިސްޓްރީ އަށް އެކަން ލިޔުމުން އަންގާފައިވެއެވެ.
69ހަވާލާދެވުނު، މިނިސްޓްރީ އޮފް ޓޫރިޒަމްގެ ހުށަހެޅުމުގެ، 1 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވަނީ، “The CSR Project stated in the CSR Agreement shall be converted to an acquisition cost calculated based on the following formula and the CSR agreement shall be terminated.”
70މުޙައްމަދު ޒަކީގެ ފަރާތުން 25 ޖޫން 2014 ގައި މިނިސްޓްރީ އޮފް ޓޫރިޒަމްގެ ހުށަހެޅުން ޤަބޫލުކޮށް، އެ މިނިސްޓްރީ އަށް އެކަން ލިޔުމުން އަންގާފައިވެއެވެ. އެގޮތުން، އެ ސިޓީގައި މުޙައްމަދު ޒަކީގެ ފަރާތުން ބަޔާންކޮށްފައިވަނީ؛ ނަންބަރު CSR/2012/WS013 އެއްބަސްވުން މިނިސްޓްރީ އޮފް ޓޫރިޒަމްގެ ނަންބަރު LS/INDIV/2014/124-88 ސިޓީ “This is to inform you that the above terms mentioned in your letter, I do accept and would like to proceed. Kindly let me have the Draft JV agreement and other detailed and conditions.”
71HN1މުޙައްމަދު ޒަކީގެ ފަރާތުން މި އިސްތިއުނާފުގައި ފާހަގަކޮށްފައިވަނީ، ހަވާލާދެވޭ ސީ.އެސް.އާރު އެއްބަސްވުމަކީ އަދިވެސް ދެމިއޮތް އެއްބަސްވުމެއް ކަމަށެވެ. އެހެންނަމަވެސް، އަހުރެންނަށް މުޙައްމަދު ޒަކީގެ މި ބުނުމާ އެއްބަހެއް ނުވެވެއެވެ. ސަބަބަކީ، ސީ.އެސް.އާރު އެއްބަސްވުން ނިމުމަކަށް ގެނައުމަށް ދައުލަތުން ހުށަހެޅި ހުށަހެޅުން މުޙައްމަދު ޒަކީގެ ފަރާތުން ގަބޫލުކޮށްފައިވާކަން އެނގެން އޮތަތީއެވެ. އެފަދައިން ގަބޫލުކުރުމަށްފަހު، ސީ.އެސް.އާރު އެއްބަސްވުމާ ދައުލަތުން ޚިލާފުވީކަމަށް ބުނެ، އޭގެ ފަހުން މުޙައްމަދު ޒަކީއަށް ދަޢުވާކުރެވިދާނެ އެއްވެސް ޤާނޫނީ ހަމައެއް މުޙައްމަދު ޒަކީއަށް ބަޔާންކޮށްދެވިފައިވާކަމުގައި އަހުރެންނަކަށް ފާހަގައެއްނުކުރެވެއެވެ.
72މީގެ އިތުރުން، މުޙައްމަދު ޒަކީ ފާހަގަކުރާ އަނެއް ކަމަކީ، 15 ޖޫން 2014 ގައި ދައުލަތުން ހުށަހެޅި ހުށަހެޅުމުގައި އެކިއުޒިޝަން ފީގެ %20 (ވިހި އިންސައްތަ) ދައްކަންޖެހޭނީ، ޖޮއިންޓް ވެންޗަރ އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން ކަމަށް ބަޔާންކޮށްފައިވާތީ، މިނިސްޓްރީ އޮފް ޓޫރިޒަމްގެ ފަރާތުން ޖޮއިންޓް ވެންޗަރ އެއްބަސްވުމުގައި ސޮއިކުރާ ތާރީޚު އަންގާފައިނުވާތީ ފައިސާ ދެއްކިފައިނުވަނީ ކަމަށެވެ.
73މިނިސްޓްރީ އޮފް ޓޫރިޒަމްގެ ހުށަހެޅުމުގެ، 2 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވަނީ؛ “A total of 20% of the lease acquisition cost mentioned above shall be paid to the Government prior to the execution of the joint venture agreement. This amount is USD 1,092,000 and shall be paid to the Maladives Inland Revenue Authority prior to signing the joint venture agreement with the Government within 30 days”
74HN2މި އިސްތިއުނާފުގައި ދައުލަތުން ބަޔާންކޮށްފައިވާފަދައިން، އިސްވެ ބަޔާންކުރެވުނު އިބާރާތުން ދޭހަވަނީ ސަރުކާރާއެކު ޖޮއިންޓް ވެންޗަރ އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން، 30 (ތިރީސް) ދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީއަށް އެކުއިޒިޝަން ފީގެ %20 ދައްކަންޖެހޭނެ ކަމަށެވެ. އެހެންކަމުން، މުޙައްމަދު ޒަކީއަށް އެ ހުށަހެޅުން ރައްދުވާ ތާރީޚުން ފެށިގެން 30 (ތިރީސް) ދުވަސް އެފައިސާ ދެއްކުމުގެ މުއްދަތުގެ ގޮތުގައި މިނިސްޓްރީ އޮފް ޓޫރިޒަމުން ކަނޑައަޅާފައިވާކަން އެނގެއެވެ.
75ކަންމިހެންއޮތްއިރު، ސިވިލް ކޯޓަށް މި މުޢާމަލާތާ ގުޅިގެން އޮޅުމެއް އަރާފައިވާކަމަށް އަހުރެންނަކަށް ފާހަގައެއް ނުކުރެވެއެވެ. މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 99 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރާ އެ ޤާނޫނުގެ 39 ވަނަ މާއްދާއާއި ސުޕްރީމް ކޯޓުގެ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. ޝަމްއީލް ރަޝީދު ޤަޟިއްޔާއާ ޚިލާފު ނިންމުމެއްތޯ ބެލުން
76އިސްތިއުނާފީ ހަތަރުވަނަ ނުކުތާގައި ފާހަގަކޮށްފައިވަނީ، ސީ.އެސް.އާރު އެއްބަސްވުމާ ދައުލަތުން ޚިލާފުވެފައިވާކަން ނުވަތަ ނޫންކަން ކަނޑައެޅޭނީ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއަށް ރައްދުވާ ދަޢުވާއެއްގައި ކަމަށް ކަނޑައެޅި ކަނޑައެޅުމަކީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 99 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރާ އެ ޤާނޫނުގެ 39 ވަނަ މާއްދާއާއި ސުޕްރީމް ކޯޓުގެ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. ޝަމްއީލް ރަޝީދު ޤަޟިއްޔާއާ ޚިލާފު ނިންމުމެއްކަމަށެވެ.
77މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 99 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވަނީ؛ "99. (ހ) ކަމުގެ އިޚްތިޞާޞް ލިބިގެންވާ ކޯޓަކަށް ދަޢުވާއެއް ހުށަހެޅުމާއެކު، އެ ދަޢުވާއަކާގުޅޭ އަންނަނިވި ކަންކަން ފުރިހަމަވެފައިވޭތޯ ކޯޓުން ބަލަންވާނެއެވެ. (1) ދަޢުވާކުރާ ފަރާތާއި ދަޢުވާލިބޭ ފަރާތަށް، ދަޢުވާކުރުމާއި ދަޢުވާ ލިބިގަތުމުގެ ހައިސިއްޔަތު ލިބިފައިވޭތޯ؛"
78މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 39 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ؛ "އެހެން ޤާނޫނެއްގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، ޝަރީޢަތަށް ހުށަހެޅޭ މައްސަލައެއް ނިންމުމުގައި، ޚަސްމަކު އެދިފައިވާ ފަރުވާއާ ތަފާތު ފަރުވާއެއް، ނުވަތަ ޚަސްމަކު އެދުނު ފަރުވާގެ އިތުރުން، އެހެން ފަރުވާއެއް ދިނުމަށް ކަނޑައަޅައިގެންނުވާނެއެވެ. އަދި ދަޢުވާއިން ނަގައިދިނުމަށް އެދިފައިވާ ބަދަލުގެ ތެރެއިން އަނެއް ޚަސްމު ދިނުމަށް އެއްބަސްވެފައިވާ މިންވަރަށްވުރެ ކުޑަ މިންވަރަކަށް ބަދަލު ނަގައިދިނުމަށް ކަނޑައަޅައިގެންނުވާނެއެވެ."
79މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. ޝަމްޢީލް ރަޝީދު ޤަޟިއްޔާގެ 8 ވަނަ ނުކުތާގެ (ހ) ގައި ބަޔާންކޮށްފައިވަނީ؛ "...ކޯޓަށް ހުށަހެޅިފައިވާ ޚުޞޫމަތަކާގުޅިގެން ފުރަތަމަ މަރުޙަލާގެ ކޯޓުން ފައިޞަލާކުރަންވާނީ ޚަޞްމުންގެ ފަރާތުން ހުށަހަޅާފައިވާ ވަޤާއިޢުތަކުގެ މައްޗަށް ބިނާކޮށް ފައިޞަލާކުރުމަށް އެދިފައިވާ ކަންތަކަށް ކަމާއި، ޚަސްމުންގެ ފަރާތުން ފައިޞަލާކުރަން އެދިފައިނުވާ، އަދި ކޯޓަށް ހުށަހެޅި ބަލާފައިނުވާ ވަޤާއިޢުތަކަށް ފައިޞަލާ ކޮށްގެން ނުވާނެކަމާ، ހަމައެއާއެކު، ފުރަތަމަ މަރުޙަލާގެ ކޯޓުގައި އެދިފައިނުވާ އާ ކަމަކަށް ޚަޞްމުންގެ ފަރާތުން ފުރަތަމަ ފަހަރަށް އިސްތިއުނާފީ ކޯޓުގައި ފައިޞަލާކޮށްދިނުމަށް އެދުމަކީ އުޞޫލެއްގެ ގޮތުގައި ތަފާތު ޖުރިސްޑިކްޝަންތަކުގައި އިސްތިޤްރިރާރުވެފައިވާ "މުރާފަޢާތު" (Civil Procedure) ގެ ހަމަތަކާ ޚިލާފުކަމެއްކަން އެނގެން އޮންނަކަމެވެ."
80އިސްތިއުނާފުކުރާ ފަރާތުން އިސްވެ ބަޔާންކުރި ޤާނޫނީ މަސްދަރުތަކުގެ އަލީގައި ފާހަގަކޮށްފައިވަނީ ޝަރީޢަތުގެ މަރުހަލާ ފެށުމުގެ ކުރިން، ދަޢުވާ ރައްދުވާ ފަރާތުގެ މައްޗަށް ދަޢުވާކުރެވޭތޯ ނުވަތަ ނޫންތޯ މި ސުވާލަކީ އިޖުރާއީ ގޮތުން ނިންމަންޖެހޭ ނިންމުމެއް ކަމަށެވެ.
81HN3އިސްތިއުނާފުކުރާ ފަރާތުން ފާހަގަކުރި ފަދައިން، އިޖުރާއީ ގޮތުން ނިންމަންޖެހޭ ނިންމުމެއް ޝަރީޢަތުގެ މަރުޙަލާ ފެށުނުފަހުން ބަލާފައިވޭތޯ ބަލާއިރު، ދަށުކޯޓުގެ ނިންމުމުގެ 4 ވަނަ ނަންބަރުގެ (ޅ) ގައި ބަޔާންކޮށްފައިވަނީ؛ "ތ.ކުރެދިފުށި ރިޒޯޓެއްގެ ގޮތުގައި ތަރައްޤީކުރުމަށް ދިވެހި ދައުލަތާ ދެމެދު ވެފައިވާ އެއްބަސްވުމާ ދައުލަތުން ޚިލާފުވެފައިވާކަމަށް ކަނޑައަޅައިދިނުމަށް އެދިފައިވާއިރު، މުޙައްމަދު ޒަކީ ހަވާލާދޭ އެއްބަސްވުމަކީ ސީ.އެސް.އާރު އެއްބަސްވުންކަން މައްސަލަ ހުށަހެޅި ފޯމުގެ 7 ވަނަ ނަންބަރު (ހުށަހަޅާ ދަޢުވާ ނުވަތަ މައްސަލައިގެ ޚުލާސާ) އިން އެނގޭކަމާއި، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އާއި މުޙައްމަދު ޒަކީ އާދެމެދު ވެފައިވާ އެ ސީ.އެސް.އާރު އެއްބަސްވުމާ ޚިލާފުވިކަން ނުވަތަ ނޫންކަން ކަނޑައެޅޭނީ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއަށް ރައްދުވާ ދަޢުވާއެއްގައިކަމާއި، އެހެންކަމަށްވުމުން މުޙައްމަދު ޒަކީގެ ފަރާތުން ޝަފަވީ ހެކިންގެ ގޮތުގައި ހުށަހެޅި މީހުންގެ ބަސް ނަގަންޖެހޭ ސަބަބެއް ނެތްކަމެވެ." މިފަދައިންނެވެ. މިއީ ހެކިން ހާޒިރު ނުކުރުމަށް ދަށު ކޯޓުގެ ފަނޑިޔާރަށް ފެނުނު ސަބަބު ބަޔާންކުރުމުގެ ގޮތުން ބަޔާންކުރި ކުރުމެއްކަން އަހުރެންނަށް ފާހަގަކުރެވެއެވެ. މިއީ، އިސްތިއުނާފުކުރާ ފަރާތުން ބުނާ ގޮތާ ޚިލާފަށް މައްސަލައިގެ މައުޟޫއުގައި ގޮތް ކަނޑައެޅުމަށްފަހު، ފަނޑިޔާރު ފާހަގަކޮށްފައިވާ ކަމެކެވެ. އެހެންކަމުން، ދަޢުވާ ރައްދު ކުރަންޖެހޭ މިނިސްޓްރީ ނޫން މިނިސްޓްރީއެއްގެ މައްޗަށް ދަޢުވާ ރައްދުކޮށްފައިވާކަމަށް ބުނެ ދަށުކޯޓުން މައްސަލައިގެ މައުޟޫއުގައި ގޮތް ނިންމާފައި ނުވަނީނޫންކަން ދަށުކޯޓުގެ ރިޕޯޓަށް ބެލުމުން ސާފުވާކަމުގައި އަހުރެންނަށް ފާހަގަކުރެވެއެވެ.
ހެކިން ހާޒިރުކޮށްފައިނުވާކަމަށް ބުނާ ބުނުން
82ތިންވަނަ އިސްތިއުނާފީ ނުކުތާގައި މުޙައްމަދު ޒަކީގެ ފަރާތުން ފާހަގަކުރަނީ، އޭނާގެ ފަރާތުން ހުށަހެޅި ހެކިން ދަށުކޯޓަށް ހާޒިރުކޮށްފައިނުވަނީ، ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގެ 1 ވަނަ ނަންބަރާ އަދި ސުޕްރީމް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޢަލީ ޙަސަން ޤަޟިއްޔާއާ ޚިލާފަށްކަމަށެވެ.
83މުޙައްމަދު ޒަކީ ހުށަހެޅި ހެކިން ހާޒިރުކޮށް ހެކިބަސް ނަގަންޖެހޭ ސަބަބެއް ނެތް ކަމަށް ދަށުކޯޓުން ނިންމާފައިވަނީ، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއާ މުޙައްމަދު ޒަކީއާ ދެމެދު ވެފައިވާ ސީ.އެސް.އާރު އެއްބަސްވުމާ ޚިލާފުވިކަން ނުވަތަ ނޫންކަން ކަނޑައެޅޭނީ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއަށް ރައްދުވާ ދަޢުވާއެއްގައިކަމަށްވާތީ ކަމަށް ބަޔާންކޮށެވެ.
84HN4މުޙައްމަދު ޒަކީގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި ދަޢުވާއަކީ، ސީ.އެސް.އާރު އެއްބަސްވުމާ ދައުލަތުން ޚިލާފުވެފައިވާ ކަމަށް ބުނެ ހުށަހެޅި ދަޢުވާއެކެވެ. ހަވާލާދޭ ސީ.އެސް.އާރު އެއްބަސްވުމަކީ، މިހާރު ދެމިއޮތް އެއްބަސްވުމެއް ނޫންކަމަށް އަހުރެންނަށް ޤަބޫލުކުރެވޭ ސަބަބުތައް ކުރިން ބަޔާންކުރެވިއްޖެއެވެ. އެހެންކަމުން، ސިވިލް ކޯޓުން ކަނޑައަޅާފައިވާ ފަދައިން އެ އެއްބަސްވުމަކީ، މުޙައްމަދު ޒަކީގެ ވެސް އެނގުމުގެ ތެރެއިން އޭނާގެ ވެސް ރުހުން އޮވެގެން ނިމުމަކަށް ގެނެސްފައިވާ އެއްބަސްވުމއެ ކ މަށްވާއިރު، މުޙައްމަދު ޒަކީ ހާޒިރުކޮށްދިނުމަށް އެދުނު ހެކިން ހާޒިރު ނުކުރުމަށް ނިންމި ނިންމުމުގައި ޤާނޫނީ ގޯހެއް އޮތްކަމަށްވެސް އަހުރެންނަށް ފާހަގައެއްނުކުރެވެއެވެ.
ނިންމަން ފެންނަގޮތް
85ސިވިލް ކޯޓުގެ ނަންބަރު 2123/Cv-C/2020 ޤަޟިއްޔާގެ ނިންމުން ބާޠިލުކުރަންޖެހޭފަދަ ސަބަބެއް ނެތްކަމަށް ކަނޑައަޅައި މި މައްސަލަ ނިންމަން ފެނެއެވެ.
އިސް ފަނޑިޔާރު ޢަބްދުﷲ ޖަމީލް މޫސާ ގެ ރައުޔު
86އަހުރެން ފަނޑިޔާރު ޙަސަން ޝަފީޢުގެ ރައުޔަށް ތާއީދުކުރަމެވެ.
ފަނޑިޔާރު ޙުސައިން މަޒީދުގެ ރައުޔު
87އަހުރެން ފަނޑިޔާރު ޙަސަން ޝަފީޢުގެ ރައުޔަށް ތާއީދުކުރަމެވެ.
އިސްތިއުނާފުކުރުމުގެ އިޖުރާއަތު ބަޔާންކޮށްދިނުން
88މި ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ ޙައްޤު މި މައްސަލައިގެ ޚަސްމުންނަށް ލިބިގެންވެއެވެ. އެގޮތުން، އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ މުއްދަތަކީ ދިވެހިރާއްޖޭގެ ހައިކޯޓުން މި ޤަޟިއްޔާ ނިންމާ ތާރީޚުން ފެށިގެން 30 (ތިރީސް) ދުވަހެވެ. އަދި އެ މުއްދަތުގެ ތެރޭގައި ރިޕޯޓު ޚަޞްމުންނަށް ޙަވާލުކޮށްފައިނުވާނަމަ، އިސްތިއުނާފުކުރުމުގެ މުއްދަތު ގުނަން ފަށާނެ ތާރީޚަކީ އެ ރިޕޯޓު ޚަޞްމުންނާ ޙަވާލުކުރާ ތާރީޚެވެ. އެހެންނަމަވެސް ޚުލާޞާ ރިޕޯޓަށް ބިނާކޮށްވެސް އިސްތިއުނާފަށް ހުށަހެޅިދާނެއެވެ. ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ހ) ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ށ) ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ނ)
ޙުކުމް
ދެންފަހެ، އިސްވެ ބަޔާންކުރެވިދިޔަ ސަބަބުތައް އެފަދައިން ހުރުމުން، ސިވިލް ކޯޓުގެ ނަންބަރު 2123/Cv-C/2020 ޤަޟިއްޔާގެ ޙުކުމް ބާޠިލުކުރަންޖެހޭ ޝަރުއީ ނުވަތަ ޤާނޫނީ ސަބަބެއް ނެތްކަމަށް ކަނޑައަޅައި، ދިވެހިރާއްޖޭގެ ހައިކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށްފީމެވެ.
މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:
ފަނޑިޔާރު ޙަސަން ޝަފީޢު
ފަނޑިޔާރު ޢަބްދުﷲ ޖަމީލް މޫސާ
ފަނޑިޔާރު ޙުސައިން މަޒީދު
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 4، 5، 6، 9، 13، 15، 20 އަދި 21 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 11 ވަނަ މާއްދާގެ (ހ)، 17 ވަނަ މާއްދާ، 22 ވަނަ މާއްދާގެ (ހ)
- ޤާނޫނު ނަންބަރު 32/2020 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 39 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 32/2020 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 99 ވަނަ މާއްދާގެ (ހ) ގެ (1)
- ޤާނޫނު ނަންބަރު 32/2020 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ހ)، (ށ) އަދި (ނ)
- ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގެ (1)
- ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނުގެ 6 ވަނަ މާއްދާ
- ގަވާއިދު ނަންބަރު 2016/R-69 (ފަތުރުވެރިކަމާއި ބެހޭ ކަންކަމަށް ރަށްރަށާއި ބިންބިމާއި، ފަޅު ކުއްޔަށް ދޫކުރުމަށްޓަކައި ޕްރޮޕޯސަލް ހުށަހެޅުމާ ބެހޭ ޤަވާއިދު) ގެ 3 ވަނަ މާއްދާ
- ސުޕްރީމް ކޯޓުގެ 2013/SC-A/44 (މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. ޝަމްޢީލް ރަޝީދު)
- ސުޕްރީމް ކޯޓުގެ 2021/SC-A/30 (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޢަލީ ޙަސަން)
- ސުޕްރީމް ކޯޓުގެ 2019/SC-L/91 (އިބްރާހީމް ޖިހާދު ވ. ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް)
- ހައިކޯޓުގެ 2019/HC-A/429 (ގްލޯބަލް ވިންގްސް ޕްރައިވެޓް ލިމިޓެޑް ވ. ދައުލަތް)
- ސުޕްރީމް ކޯޓުގެ ބިޒްނަސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވ. މިނިސްޓްރީ އޮފް ޓޫރިޒަމް (ދައުލަތް)
- ސުޕްރީމް ކޯޓުގެ މެރީޑިއަމް ސަރވިސަސް ޕްރައިވެޓް ލިމިޓެޑް ވ. ސަޢީދާ މޫސާ
- ހައިކޯޓުގެ މުޙައްމަދު ސަޢީދު ވ. ޤާސިމް އިބްރާހީމް
- ހައިކޯޓުގެ 2016/HC-A/186 (އަރާމް ޓްރެވަލް ޕްރައިވެޓް ލިމިޓެޑް ވ. މިނިސްޓްރީ އޮފް ޓޫރިޒަމް)
- ސުޕްރީމް ކޯޓުގެ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ޝަރީޢަތުގެ ވީޑިއޯ
ހައިކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.