ސުލްޠާނާ އަޙްމަދު ވ. ފިރުދައުސް ޙަނީފް
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- ސިވިލް ކޯޓު 1918/Cv-C/2020
- ފަހުގެ ތާރީޚު
- ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް
ކޯ ޓާމްސް
ޚުލާޞާ
- ކޯޓަށް އައި ގޮތް
- އެއްބަސްވުމާމެދު ޚިލާފު އުފެދިގެން ފިރުދައުސް ޙަނީފް، ސުލްޠާނާ އަޙްމަދުގެ މައްޗަށް 16 ސެޕްޓެމްބަރ 2020 ގައި ހުށަހެޅި މައްސަލަ ސިވިލް ކޯޓުން 1918/Cv-C/2020 ނަންބަރުގައި 04 އޮގަސްޓު 2021 ގައި ނިންމި. ދަށު ކޯޓުގެ ޙުކުމުގެ ތަފްޞީލު މި ޙުކުމުގައި ބަޔާންކޮށްފައެއް ނުވޭ.
- ވާޤިޢާ
- ސިވިލް ކޯޓުގެ ޙުކުމް 2021/HC-A/285 ގައި ހައިކޯޓަށް އިސްތިއުނާފުކުރުމަށްފަހު، ސުޕްރީމް ކޯޓުގެ 2022/SC-A/90 ޤަޟިއްޔާގައި ހައިކޯޓާއި ސިވިލް ކޯޓުގެ ޙުކުމް ބާޠިލުކޮށް، ސިވިލް ކޯޓުން އަލުން ބެލުމަށް ފޮނުވުމަށްޓަކައި ކޯޓުތަކުގެ ޤާނޫނުގެ 18 އަދި 19 ވަނަ މާއްދާގެ ދަށުން މައްސަލަ ހައިކޯޓަށް ތަޙުވީލުކުރި. މައްސަލަ ހައިކޯޓުގައި 21 މެއި 2024 ގައި ރަޖިސްޓްރީކުރެވުނު.
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ސުޕްރީމް ކޯޓުން ހައިކޯޓާއި ސިވިލް ކޯޓުގެ ޙުކުމް ބާޠިލުކޮށް، ސިވިލް ކޯޓުން އަލުން ބެލުމަށް ފޮނުވުމަށްޓަކައި ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 18 އަދި 19 ވަނަ މާއްދާގެ ދަށުން މައްސަލަ ހައިކޯޓަށް ތަޙުވީލުކުރުމުން، ހައިކޯޓުން މައުޟޫޢުގައި ގޮތެއް ކަނޑައަޅަންޖެހޭތޯ ނުވަތަ ސުޕްރީމް ކޯޓުގެ ނިންމުމާ އެއްގޮތަށް މައްސަލަ ސިވިލް ކޯޓަށް ތަޙުވީލުކުރަންޖެހޭތޯ.
- ޚަޞްމުންގެ ހުށަހެޅުންތައް
- ހައިކޯޓުގައި ބޭއްވުނު ޝަރީޢަތުގެ މަޖިލީހުގައި ދެވުނު ފުރުޞަތުގައި، ދެ ފަރާތުންވެސް ފާހަގަކުރާނެ އިތުރު ކަމެއް ނެތްކަމަށް ބުނި.
- ކޯޓުގެ ސަބަބުތައް
- ސުޕްރީމް ކޯޓުން މައްސަލަ ހައިކޯޓަށް ތަޙުވީލުކުރީ، އެ ކޯޓުގައި ކަނޑައެޅުއްވި ކަންކަމުގެ އަލީގައި އަލުން ބެލުމަށް ސިވިލް ކޯޓަށް ތަޙުވީލުކުރުމަށްކަމުން، މިއީ ހައިކޯޓުން މައުޟޫޢުގައި ގޮތެއް ކަނޑައަޅަންޖެހޭ ޤަޟިއްޔާއެއް ނޫން. އެހެންކަމުން، ސުޕްރީމް ކޯޓުގެ 2022/SC-A/90 ގައި ކަނޑައެޅުއްވި ގޮތުގެމަތިން މައްސަލަ އަލުން ބެލުމަށް ސިވިލް ކޯޓަށް ތަޙުވީލުކުރި.
ނިންމުން
ދަށުކޯޓުގެ ނިންމުން ބާޠިލުސުޕްރީމް ކޯޓުގެ 2022/SC-A/90 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ ގޮތުގެމަތިން، ސިވިލް ކޯޓުގެ 1918/Cv-C/2020 މައްސަލަ އަލުން ބެލުމަށްޓަކައި ސިވިލް ކޯޓަށް ތަޙުވީލުކުރި (ފަނޑިޔާރުންގެ އިއްތިފާޤުން)
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 ސުޕްރީމް ކޯޓުން ހައިކޯޓާއި ދަށު ކޯޓުގެ ޙުކުމް ބާޠިލުކޮށް، ސުޕްރީމް ކޯޓުގައި ކަނޑައެޅުއްވި ކަންކަމުގެ އަލީގައި ދަށު ކޯޓުން އަލުން ބެލުމަށް ފޮނުވުމަށްޓަކައި މައްސަލައެއް ހައިކޯޓަށް ތަޙުވީލުކޮށްފިނަމަ، އެއީ ހައިކޯޓުން މައްސަލައިގެ މައުޟޫޢުގައި ގޮތެއް ކަނޑައަޅަންޖެހޭ ޤަޟިއްޔާއެއް ނޫނެވެ. އެފަދަ ޙާލަތެއްގައި، ސުޕްރީމް ކޯޓުން ކަނޑައަޅުއްވާފައިވާ ގޮތުގެމަތިން، މައްސަލަ އަލުން ބެލުމަށްޓަކައި ދަށު ކޯޓަށް ތަޙުވީލުކޮށް ހައިކޯޓުން މައްސަލަ ނިންމަންވާނެއެވެ.
ވަކީލުންނާއި ފަނޑިޔާރުން
- އިސްތިއުނާފުކުރި ފަރާތުގެ ވަކީލުން
- އަޙްމަދު ނާޡިމް ޢަބްދުއްސައްތާރު، ދަ ލިޓިޖަންޓްސް އެލް.އެލް.ޕީ
- ޖަވާބުދާރީވި ފަރާތުގެ ވަކީލުން
- އީމާން މުޙައްމަދު ރަޝީދު، މަޢާޝާ ލުޠުފީ، އަލިފް ލޯ ޗެމްބަރސް އެލް.އެލް.ޕީ
- ބެންޗު
- ފަނޑިޔާރު ދީބާނާޒް ފަހުމީ (ރިޔާސަތު)، ފަނޑިޔާރު ފާޠިމަތު ފަރްހީޒާ، ފަނޑިޔާރު މުޙައްމަދު ސަލީމް
- ރިޔާސަތު
- ފަނޑިޔާރު ދީބާނާޒް ފަހުމީ
- ރައުޔު ލިޔުނު ފަނޑިޔާރު
- ފަނޑިޔާރު ދީބާނާޒް ފަހުމީ · ތާއީދުކުރެއްވީ: ފަނޑިޔާރު ފާޠިމަތު ފަރްހީޒާ، ފަނޑިޔާރު މުޙައްމަދު ސަލީމް
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޝަރީޢަތް ނިމުނުގޮތް
ޤަޟިއްޔާ ނަންބަރު: 2024/HC-A-02/2
އިސްތިއުނާފުކުރި ފަރާތް: ސުލްޠާނާ އަޙްމަދު، މ. ފާގަތިގެ، މާލެ
އިސްތިއުނާފު ރައްދުވި ފަރާތް: ފިރުދައުސް ޙަނީފް، ގދ. ރަތަފަންދޫ، ގުމްރީވިލާ
މައްސަލައިގެ ބާވަތް: އެއްބަސްވުމާމެދު ޚިލާފު އުފެދިގެން ހުށަހެޅޭ މައްސަލަ
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ދީބާނާޒް ފަހުމީ
ފަނޑިޔާރު ފާޠިމަތު ފަރްހީޒާ
ފަނޑިޔާރު މުޙައްމަދު ސަލީމް
ނިމުނު ތާރީޚް:
08 މުޙައްރަމް 1446
14 ޖުލައި 2024
ހައިކޯޓުގައި ޤަޟިއްޔާ ރަޖިސްޓްރީ ކުރެވުނު ތާރީޚް:
13 ޛުލްޤަޢިދާ 1445
21 މެއި 2024
އިސްތިއުނާފުކުރެވުނު މައްސަލަ:
ނަންބަރު: 1918/Cv-C/2020
ނިންމި ތަން: ސިވިލް ކޯޓު
ބާވަތް: އެއްބަސްވުމާމެދު ޚިލާފު އުފެދިގެން ހުށަހެޅޭ މައްސަލަ
ހުށަހެޅުނު ތާރީޚް: 16 ސެޕްޓެމްބަރ 2020
ނިމުނު ތާރީޚް: 04 އޮގަސްޓު 2021
އިސްތިއުނާފުކުރި ފަރާތް
ސުލްޠާނާ އަޙްމަދު، މާލެ، މ.ފާގަތިގެ
ޤާނޫނީ ވަކީލު:
އަލްއުސްތާޛު އަޙްމަދު ނާޡިމް ޢަބްދުއްސައްތާރު،
ދަ ލިޓިޖަންޓްސް އެލް.އެލް.ޕީ
އިސްތިއުނާފު ރައްދުވި ފަރާތް
ފިރުދައުސް ޙަނީފް، ގދ.ރަތަފަނދޫ، ގުމްރީވިލާ
ޤާނޫނީ ވަކީލު:
އަލްއުސްތާޛު އީމާން މުޙައްމަދު ރަޝީދު،
އަލްއުސްތާޛާ މަޢާޝާ ލުޠުފީ،
އަލިފް ލޯ ޗެމްބަރސް އެލް.އެލް.ޕީ
މަދަނީ – އެއްބަސްވުމާމެދު ޚިލާފު އުފެދުން – ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) – ޤާނޫނުގެ 18 އަދި 19 ވަނަ މާއްދާ - ތަޙުވީލު ކުރުން
ފަނޑިޔާރު ދީބާނާޒް ފަހުމީގެ ރައުޔު (މި ރައުޔަށް ފަނޑިޔާރު ފާޠިމަތު ފަރްހީޒާ އަދި ފަނޑިޔާރު މުޙައްމަދު ސަލީމް ތާއީދު ކުރައްވައެވެ.)
ތަޢާރަފު
1HN1ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ސުލްޠާނާ އަޙްމަދު ވ. ފިރުދައުސް ޙަނީފް ޤަޟިއްޔާ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާޤުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ސުލްޠާނާ އަޙްމަދު ވ. ފިރުދައުސް ޙަނީފް ޤަޟިއްޔާއާއި ސިވިލް ކޯޓުގެ ފިރުދައުސް ޙަނީފް ވ. ސުލްޠާނާ އަޙްމަދު ޤަޟިއްޔާގެ ޙުކުމް ބާޠިލުކޮށް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ސުލްޠާނާ އަޙްމަދު ވ. ފިރުދައުސް ޙަނީފް ޤަޟިއްޔާގައި ފާހަގަކޮށްފައިވާ ކަންކަމުގެ އަލީގައި އެ މައްސަލަ ސިވިލް ކޯޓުން އަލުން ބެލުމަށް ފޮނުވުމަށްޓަކައި، ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު)ގެ 18 އަދި 19 ވަނަ މާއްދާއާ ޙަވާލާދީ، އެ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓަށް ތަޙުވީލު ކުރުމަށް ނިންމަވާފައިވެއެވެ. މިއީ އެ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ބަލާފައިވާ ޤަޟިއްޔާއެވެ.
މައްސަލައާ ގުޅިގެން ޚަޞްމުން ފާހަގަކޮށްފައިވާ ކަންކަން
2މި މައްސަލައާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގައި ބޭއްވުނު ޝަރީޢަތުގެ މަޖިލީހުގައި މައްސަލައިގެ ޚަޞްމުންނަށް ދެވުނު ފުރުޞަތުގައި، ދެ ފަރާތުންވެސް ފާހަގަކުރާނެ އިތުރުކަމެއް ނެތްކަމަށް ބުނެފައިވެއެވެ.
ޝަރީޢަތަށް ފާހަގަކުރެވޭ ކަންކަން
3ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ސުލްޠާނާ އަޙްމަދު ވ. ފިރުދައުސް ޙަނީފް ޤަޟިއްޔާ، ދިވެހިރާއްޖޭގެ ހައިކޯޓަށް ތަޙުވީލުކޮށްފައިވަނީ، ބުނެވިދިޔަ ޤަޟިއްޔާއާ ގުޅިގެން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅު ކަންކަމުގެ މައްޗަށް އެ ކޯޓުން، އެ ޤަޟިއްޔާގައި ކަނޑައެޅުއްވި ކަންކަމުގެ އަލީގައި، އަލުން ބެލުމަށްޓަކައި މި މައްސަލަ ސިވިލް ކޯޓަށް ތަޙުވީލު ކުރުމަށެވެ.
މައްސަލަ ނިންމަން ފެންނަގޮތް
8މި މައްސަލައަކީ ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލައިގެ މައުޟޫޢުގައި ގޮތެއް ކަނޑަޅަންޖެހޭ ޤަޟިއްޔާއަކަށްނުވާތީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ސުލްޠާނާ އަޙްމަދު ވ. ފިރުދައުސް ޙަނީފް ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ ގޮތުގެމަތިން، މި މައްސަލަ އަލުން ބެލުމަށްޓަކައި ސިވިލް ކޯޓަށް ތަޙުވީލުކޮށް މައްސަލަ ނިންމަންފެނެއެވެ.
ފަނޑިޔާރު ފާޠިމަތު ފަރްހީޒާގެ ރައުޔު
9މި މައްސަލައިގައި ފަނޑިޔާރު ދީބާނާޒް ފަހުމީގެ ރައުޔަށް ތާއީދުކުރަމެވެ.
ފަނޑިޔާރު މުޙައްމަދު ސަލީމްގެ ރައުޔު
10މި މައްސަލައިގައި ފަނޑިޔާރު ދީބާނާޒް ފަހުމީގެ ރައުޔަށް ތާއީދުކުރަމެވެ.
ޙުކުމް
ދެންފަހެ، ބުނެވިދިޔަ ކަންކަން އެގޮތުގެމަތިން ހުރުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ސުލްޠާނާ އަޙްމަދު ވ. ފިރުދައުސް ޙަނީފް ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ ގޮތުގެމަތިން، މި މައްސަލަ އަލުން ބެލުމަށްޓަކައި ސިވިލް ކޯޓަށް ތަޙްވީލު ކުރުމަށް ކަނޑައަޅައި، މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން، މިގޮތުގެ މަތިން ޙުކުމް ކޮށްފީމެވެ.
މިޤަޟިއްޔާ ބަލައި ޙުކުމް ކުރީ:
ފަނޑިޔާރު ފާޠިމަތު ފަރްހީޒާ
ފަނޑިޔާރު ދީބާނާޒް ފަހުމީ (ރިޔާސަތު)
ފަނޑިޔާރު މުޙައްމަދު ސަލީމް
ފުޓްނޯޓު
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2022/SC-A/90 ޤަޟިއްޔާ.
- ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2021/HC-A/285 ޤަޟިއްޔާ.
- ސިވިލް ކޯޓުގެ ނަންބަރު 1918/Cv-C/2020 ޤަޟިއްޔާ. މި ނިންމުން ފުރަތަމަ ދޫކުރެވުނުއިރު އެ ޤަޟިއްޔާގައި ޙަވަލާ ދީފައިވަނީ "ސުލްޠާނާ އަޙްމަދު ވ. ފިރުދައުސް ޙަނީފް" ލިޔުމުގައިއެރި އޮޅުމަކުންކަމަށްވާތީ އެކަން އިސްލާޙުކޮށް، ރަނގަޅުކުރުމަށްފަހު، އަލުން ޚަޞްމުންނަށް ފޮނުވިފައިވެއެވެ.
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2022/SC-A/90 ޤަޟިއްޔާ.
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2022/SC-A/90 ޤަޟިއްޔާ.
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2022/SC-A/90 ޤަޟިއްޔާ.
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2022/SC-A/90 ޤަޟިއްޔާ.
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 18 ވަނަ މާއްދާ އަދި 19 ވަނަ މާއްދާ
- 2022/SC-A/90
- 2021/HC-A/285
ޝަރީޢަތުގެ ވީޑިއޯ
ހައިކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.