ޙަސަން ޝުޖާއު އަދި އިތުރު ފަރާތްތައް ވ. ނަޖުމާ އާދަމް
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- މ. މުލަކު މެޖިސްޓްރޭޓް ކޯޓު 31/K4C/2021
- ފަހުގެ ތާރީޚު
- ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް
ކޯ ޓާމްސް
ޚުލާޞާ
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ބެހެނިވެރިން ސޮއިކޮށް ރުހުން ދީފައިނުވާ ޗާޓެއްގެ މައްޗަށް، އަދި ޝަރީޢަތުގައި ވެވުނު ޝަރުޠީ އެއްބަސްވުމާ ޚިލާފަށް، ދެފަރާތް އެއްބަސްވެފައިވާ ގޮތަށް ކަމަށް ބުނެ ގޯތި ބައިކޮށް ބިން އައްޔަންކޮށް ކުރި ޙުކުމް ޞައްޙަ ތޯ.
ނިންމުން
ދަށުކޯޓުގެ ނިންމުން ބާޠިލުދަށުކޯޓުގެ ޙުކުމް ބާޠިލު، އަލުން ބެލުމަށް ފޮނުވި
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 ބިން އައްޔަންކުރުމުގެ މައްސަލަތަކުގައި ޢާންމު އުޞޫލަކީ، މައްސަލަ ހުށަހެޅީ ކޮންމެ ފަރާތަކުން ކަމުގައި ވިޔަސް، ބިމުގެ ވެރިފަރާތުގެ ހައިސިއްޔަތުން މަޞްލަޙަތު އޮތް އެންމެހާ ފަރާތްތަކުގެ ބަސް ޝަރީޢަތުން ހޯދައި، ބިން ބައިކޮށް ވަކިކުރުމާއި މަގު ނެގުމާއި ބިމުގައި ހުރި މުދާ އަގުމަގުކުރުމުގައި އެ ފަރާތްތަކުން އެދޭ ގޮތް ސާފުކުރުމެވެ.
HN2 ބެހެނިވެރިން އެއްބަސްވެފައިވާ ގޮތަށް ކަމަށް ބުނެ ބިން އައްޔަންކޮށް ޙުކުމްކުރެވޭނީ، ޝަރީޢަތުގެ ރެކޯޑުން ފެންނަން އޮތް އެއްބަސްވުމާ އެއްގޮތަށެވެ؛ ޝަރުޠީ އެއްބަސްވުމެއްގެ ޝަރުޠު ފުރިހަމަނުވެ، ޙުކުމުގެ ކުރިން ބާއްވާނެކަމަށް ބުނި އަޑުއެހުމެއް ނުބާއްވައި، ދެފަރާތުން މަޝްވަރާކުރި ގޮތާ ޚިލާފަށް ކުރާ ޙުކުމަކީ ޞައްޙަ ޙުކުމެއް ނޫނެވެ.
HN3 ބިން އައްޔަންކުރުމުގެ މައްސަލައެއްގައި ބެހެނިވެރިންގެ ޙައްޤު ކަށަވަރުކުރުމަށްޓަކައި، ބިން ބަހާނެ ގޮތުގެ ޗާޓުގައި ޝަރީޢަތުގެ މަޖިލީހުގައި ސޮއިކުރުމުގެ ފުރުޞަތު ދީ، ބިން އައްޔަންކުރާ ގޮތުގެ މައްޗަށް ހުރިހާ ފަރާތެއްގެ ބަޔާން ނަގައި ސޮއިކުރުވައި، އެއްބަސްވާ ގޮތެއް އޮތްނަމަ އެގޮތަށް، ނުވާނަމަ މިފަދަ މައްސަލަތަކުގައި ޢަމަލުކުރާ އިޖުރާއަތާ އެއްގޮތަށް ޝަރީޢަތް ކުރިއަށް ގެންދަންވާނެއެވެ.
ވަކީލުންނާއި ފަނޑިޔާރުން
- އިސްތިއުނާފުކުރި ފަރާތުގެ ވަކީލުން
- ޝިފާޛް ޢަބްދުލްޤަދީރު، ސީއެލްއޭ ޕާރޓްނާސް އެލްއެލްޕީ
- ޖަވާބުދާރީވި ފަރާތުގެ ވަކީލުން
- ލީގަލް ވޭ – އަލީ ޝިހާމް
- ބެންޗު
- ޙަސަން ޝަފީޢު، ޙުޒައިފާ މުޙައްމަދު، ޢަބްދުލްމާނިޢު ޙުސައިން
- ރިޔާސަތު
- —
- ރައުޔު ލިޔުނު ފަނޑިޔާރު
- ޙަސަން ޝަފީޢު · ތާއީދުކުރެއްވީ: ޙުޒައިފާ މުޙައްމަދު، ޢަބްދުލްމާނިޢު ޙުސައިން
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
ފަނޑިޔާރު ޙަސަން ޝަފީޢުގެ ރައުޔު
ތަޢާރުފު
1މިއީ، މުލަކަތޮޅު މުލަކު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 31/K4C/2021 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް 2 1 އެދި […] / ޙަސަން ސުޖާޢު، […] / މުޙައްމަދު ސުޖާޢު އަދި […] / ސުލްޠާނާ ޙުސައިން ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ. މި ޤަޟިއްޔާގައި އިސްތިއުނާފުރައްދުވާ ފަރާތަކީ، […] / ރޯޝަނީގެ، ނަޖުމާ އާދަމް އެވެ.
ކަން ހިނގާފައިވާގޮތް
2[…] / ސޯސަންވިލާ އެވެ ކިޔާ ބަންޑާރަ ގޯއްޗަކީ، […] / ސޯސަންވިލާ އަލްމަރްޙޫމް ޙުސައިން މޫސާމަނިކު އާއި […] / ރޯޝަނީގެ، ނަޖުމާ އާދަމް އާ ދެމީހުންގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ގޯއްޗެކެވެ.
3[…] / ސޯސަންވިލާ އެވެ ކިޔާ 3108.50 (ތިންހާސް އެއްސަތޭކަ އަށެއް ޕޮއިންޓް ފަހެއް ސުމެއް) އަކަފޫޓުގެ ބަންޑާރަ ގޯތި އަލްމަރްޙޫމް ޙުސައިން މޫސާމަނިކ އާއު ނަޖުމާ އާދަމް އާ ދެމީހުންގެ މެދުގައި، ބައިކޮށް އައްޔަންކޮށްދިނުމަށް އެދި ނަޖުމާ އާދަމްގެ ފަރާތުން މުލަކަތޮޅު މުލަކު މެޖިސްޓްރޭޓް ކޯޓަށް މައްސަލަ ހުށަހެޅިއެވެ. […] ކައުންސިލްގެ އިދާރާއިން 2021 ވަނަ އަހަރުގައި […] / ސޯސަންވިލާގެ ނަމުގައި ހަދާދީފައިވާ ނަންބަރު B/INDIV/2021/40-(OTHR)364 ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީ
4[…] / ސޯސަންވިލާ، ޙުސައިން މޫސާމަނިކު ނިޔާވެފައިވާތީ އޭނާގެ ވާރިސުންކަމުގައިވާ، […] / ޙަސަން ސުޖާޢު، […] / މުޙައްމަދު ސުޖާޢު، […] / ސުލްޠާނާ ޙުސައިން އަދި […] / ސޯސަންވިލާ، ޙަލީމާ ޢަލީ، ދަޢުވާލިބޭ ފަރާތްތަކުގެ ގޮތުގައި ހިމަނައިގެން އެ މައްސަލަ މުލަކަތޮޅު މުލަކު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 31/K4C/2021 ޤަޟިއްޔާއިން ބަލާފައިވެއެވެ.
5މިއީ މުލަކަތޮޅު މުލަކު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 31/K4C/2021 ޤަޟިއްޔާ އިސްތިއުނާފުކުރުމުން ބަލާފައިވާ ޤަޟިއްޔާއެވެ.
ދަށު ކޯޓަށް ހުށަހެޅި ދަޢުވާ އާއި ޙުކުމް
6އަލްމަރްޙޫމް ޙުސައިން މޫސާ މަނިކު އާއި ނަޖުމާ އާދަމްގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ، […] / ސޯސަންވިލާ، އެވެކިޔާ 3108.50 (ތިންހާސް އެއްސަތޭކަ އަށެއް ޕޮއިންޓް ފަހެއް ސުމެއް) އަކަފޫޓުގެ ބަންޑާރަ ގޯތި އަލްމަރުޙޫމް ޙުސައިން މޫސާމަނިކ އާއު ނަޖުމާ އާދަމް އާ ދެމީހުންގެ މެދުގައި ބައިކޮށް އައްޔަން ކޮށްދިނުމަށް އެދި […] ރޯޝަނީގެ ނަޖުމާ އާދަމް ދަޢުވާކޮށްފައިވެއެވެ.
7މުލަކަތޮޅު މުލަކު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 31/K4C/2021 ޤަޟިއްޔާ ގައި އެ ކޯޓުން ޙުކުމްކޮށްފައިވަނީ؛ "ދެންފަހެ […] […] އެވެކިޔާ 3108.50 (ތިންހާސް އެއްސަތޭކަ އަށެއް ޕޮއިންޓް ފަހެއް ސުމެއް) އަކަފޫޓު ބަންޑާރަ ގޯތި ބައިކޮށް ބިން އައްޔަންކުރުމަށް ބެހެނިވެރިން އެއްބަސްވެފައިވާ ޗާޓު އަސްލަކަށް ބަލައިގެން ކުރަހައި މުލަކަތޮޅު މުލަކު ކައުންސިލްގެ އިދާރާގެ ނަންބަރު MSS/K04C/2023/23-364 (20 ޑިސެންބަރު 2023) ސިޓީއާއެކު ފޮނުވާފައިވާ ޗާޓާއި އެއްގޮތަށް […] […] ގޯތީގެ ގެ ހިމެނޭ ބައި 1946 (ނަވާރަސަތޭކަ ސާޅީސްހައެއް) އަކަފޫޓު އަދި […] […] ގޯތީގައި ފޭނާމާޓު ފިހާރަ ހިމެނޭ 1162.50 (އެގާރަސަތޭކަ ފަސްދޮޅަސް ދޭއް ޕޮއިންޓް ފަހެއް ސުމެއް) އަކަފޫޓު ހިމެނޭ ގެއިން ގޯތި 02 (ދޭއް) ބަޔަށް ބައިކޮށް […] […] ކިޔާ ގޯތީގެ ގެ ހިމެނޭ ބައި ނަޖުމާ އާދަމަށް، ފެނާމާޓް ފިހާރަ ހިމެނޭ ބައި މަރުޙޫމް ޙުސައިން މޫސާމަނިކަށް އޮންނަގޮތަށް ނަޖުމާ އާދަމާއި، މަރުޙޫމް ޙުސައިން މޫސާމަނިކުގެ ވާރިސުންގެ ފަރާތުން އެދިފައިވާތީ، […] […] ގެ ހިމެނޭ ބައިލިބޭ ނަޖުމާ އާދަމްގެ ފަރާތުން ފެނާމާޓް ފިހާރަ ލިބޭ މަރުޙޫމް ޙުސައިން މޫސާ މަނިކަށް މި ދެބައިގެ އުނި އިތުރު ހަމަޖެއްސުމުގެ ގޮތުން 525,574.76ރ. (ފަސްލައްކަ ފަންސަވީސްހާސް ފައްސަތޭކަ ހަތްދިހަ ހަތަރު ރުފިޔާ، ހަތްދިހަ ހަލާރި) ނަޖުމާ އާދަމްގެ ފަރާތުން މަރުޙޫމް މޫސާމަނިކަށް ދޭންޖެހޭކަމަށް ކަނޑައަޅައި، މި ފައިސާ މަރުޙޫމް ޙުސައިން މޫސާ މަނިކަށް ލިބިދިނުމުގެ ގޮތުން މި ކޯޓަށް ([…] މެޖިސްޓްރޭޓް ކޯޓަށް) މިއަދު (25 ޖޫން 2024) އިން ފެށިގެން 03 (ތިނެއް) މަސްދުވަހުގެ ތެރޭގައި އެމަހަކަށް ދައްކަންޖެހޭ މިންވަރަށްވުރެ މަދުނޫން ޢަދަދެއް އެމަހަކު ދައްކާ ޚަލާސް ކުރުމަށް […] […] ނަޖުމާ އާދަމަށް އަންގައި […] […] ގޯތީގެ ގެ ހިމެނޭ (ދެކުނު ބައި) 1946 (ނަވާރަސަތޭކަ ސާޅީސްހައެއް) އަކަފޫޓުގެ މިލްކުވެރި ފަރާތަކީ […] […] ނަޖުމާ އާދަމްކަމާއި، […] ސޯސަންވިލާ ގޯތީގައި ފެނާމާޓު ފިހާރަ ހިމެނޭ (އުތުރުބައި) 1162.50 (އެގާރަސަތޭކަ ފަސްދޮޅަސް ދޭއް ޕޮއިންޓް ފަހެއް ސުމެއް) އަކަފޫޓުގެ މިލްކުވެރި ފަރާތަކީ […] […] އަލްމަރުޙޫމް ޙުސައިން މޫސާ މަނިކު ކަމަށް ކަނޑައަޅައި ޙުކުމްކޮށްފީމެވެ." މިފަދައިންނެވެ.
އިސްތިއުނާފަށް ހުށަހެޅުނު ނުކުތާތައް
8އިސްތިއުނާފުކުރާ ފަރާތުން އަންނަނިވި ނުކުތާ ހުށަހަޅާ އެ ނުކުތާއާ ބެހޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވަކާލާތުކޮށްފައިވެއެވެ. އެގތުނ ހުށަހަޅާފައިވް ނުކުތާއަކީ؛
1.8 […] / ސޯސަންވިލާ ގޯތި ބެހުމަށް އިސްތިއުނާފު ކުރާ ފަރާތްތަކުން ވަކި ގޮތަކަށް އެއްބަސްވެ ޝަރީޢަތަށް ބަޔާން ދީފައިނުވާއިރު، އަދި ގޯތި ބައިކުރަންޖެހޭގޮތުގެ ޗާޓެއް ނުވަތަ އެނޫންވެސް ލިޔުމެއްގައި ސޮއިކޮށްފައިނުވާއިރު އަދި ގޯތި ބައިކުރާނެގޮތަކ ގުޅިގެނާ ބެހެނިވެރިންގެ މެދުގައި ގުރުއަތު ލާފައިނުވާއިރު، އިސްތިއުނާފުކުރާ ފަރާތްތަކުން އެއްބަސްވިގޮތަށް އަދި ވަކިން ޚއްސަކޮށާ ޙަސަން ސުޖާޢު އެދިފައިވާ ގޮތަށް ގޯތި ބަހައި އަގުމަގުކޮށް އުނިއިތުރު ހަމަޖައްސާފައިވާކަމަށ ދަށް ކޯޓުނު ނިންމައި، ގޯތީގެ ބައިތައް އަލްމަރުޙޫމް ޙުސައިން މޫސާ މަނިކާއި، އިސްތިއުނާފު ރައްދުވާ ފަރާތާ ދެމެދު މިލްކުވެގެންވާ ގޮތް ކަނޑައަޅާފައިވަނީ އެއްވެސް ޤާނޫނީ އަސާސެއް ނެތިކަން އަދި މި ނިންމުމުން ޤާނޫނު ނަންބަރާ 2010/13 (ފަނޑިޔާރުންގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކުރާ ވަކި ފަރާތަކަށް ނުޖެހި ޙުކުމް ކުރުމަށް އޮތް ޒިންމާއާ މައްސަލަ ބެއްލެވި މެޖިސްޓްރޭޓް ޚިލާފުވެފައިވާކަން، އަދި މި ނިންމުމުގެ ސަބަބުން އިސްތިއުނާފު ކުރާ ފަރާތްތަކަށް ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ) އަދި (ށ) އިން ލިބިދެވޭ ޙައްޤުތަކުން މަހުރޫމް ކުރެވޭކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
އިސްތިއުނާފުކުރާ ފަރާތުން ފާހަގަކުރި ކަންކަން
9އިސްތިއުނާފީ ނުކުތާއާ ގުޅިގެން އިސްތިއުނާފުކުރާ ފަރާތުން އަންނަނިވި ކަންކަން ފާހަގަކޮށްފައިވެއެވެ.
1.9 ގޯތި ބައިކޮށް އައްޔަން ކުރުމުގެ މައްސަލަތަކުގައި، ބިން ބައިކުރުމުގައި އަމަލު ކުރަންޖެހޭ ޝަރުޢީ އޞު ލަކޫ ބެހެނިވެރިންގެ މެދުގައި އެއްބަސްވާ ގޮތެއް އޮތްނަމަ، އެ ގޮތަކީ ދައުލަތުގެ ކަމާބެހޭ އިދާރާއިން ހުއްދަކުރާ ގޮތެއްނަމަ އެ ގޮތަކަށް ބެހުންކަމާއި، އެއްބަސްވާ ވަކިގޮތެއް ނެތްނަމަ، ބިމުގެ ބޭނުން އެންމެ އެކަށީގެންވާ ގޮތެއްގައި ކުރެވޭނެކަމަށް ދައުލަތުގެ ކަމާބެހޭ އިދާރާއިން ކަނޑައަޅާ ގޮތަކަށް ބިން ބައިކުރުންކަން.
2.9 ބިން ބައިކުރާނެ ގޮތެއް ކަނޑައެޅުމަށްފަހު، ބިން އައްޔަން ކުރާ އުޞޫލަކީ، ބެހެނިވެރިންގެ މެދުގައި އެއްބަސްވެވޭ ގޮތެއް އޮތްނަމަ އެ ގޮތަކަށް ބިން އައްޔަންކުރުންކަމާއި، ބެހެނިވެރިންގެ ތެރެއިން އެކަކުވެސް އެއްބަސްނުވާނަމަ، ޝަރީޢަތުގެ މަޖިލީހުގައި ގުރުއަތުލުމަށްފަހު، ގުރުއަތުން ހަމަޖެހޭ ގޮތަކަށް ބިން އައްޔަންކުރުންކަމާއި، މިއީ ޝަރީޢަތްކުރުމާބެހޭ ޤަވާޢިދުތަކުގެ ދަށުން އެންމެ އިހުއްސުރެ ވެސް ދިވެހިރާއްޖޭގެ ކޯޓުތަކުން ޢަމަލުކުރަމުން އައިސްފައިވާ ގޮތްކަމއާ ދިވެހިރާއްޖޭގެ ކޯޓުތަކުން މި ބާވަތުގެ މައްސަލަތަކުގައި ޢަމަލުކުރާ ގޮތު ސާބިތުކުރުމުގެ ގޮތުން ސިވިލް ކޯޓުގެ ނަންބަރު 1026/Cv-C/2020 ޤޟަ އްޔާ ރެފަރެންސެއްގ ގޮތުގައެ ހުށަހަޅާކަން.
3.9 އިސްވެ ބަޔާންކުރިގޮތަށް ޢަމަލުކުރާއިރު، ބިން ބަހާ ޗާޓުގައި ބެހެނިވެރިން ޝަރީޢަތުގެ މަޖިލީހުގައި ސޮއިކުރުވާކަމާއ އަދި ބިން އައްޔަންކުރެވޭގޮތުގެ މައްޗަށް ލިޔުމުން ބަޔާން ނެގި ޝަރީޢަތުގެ މަޖިލީހުގައި ސޮއިކުރުވާކަން.
4.9 އިސްތިއުނާފު ކުރެވިފައިމިވާ މައްސަލައަށް ބަލާއިރު، […] ސޯސަންވިލާ އެވެކިޔާ ގޯތި ބަހާނެ ގޮތުގެ ޗާޓު […] ކައުންސިލު އިދާރާއިން އެޕްރޫވް ކުރުމަށްފަހު، އެ ލިޔުމުގައި ބެހެނިވެރިން ސޮއިކޮށްފައިނުވާކަން، އަދި އެ ލިޔުން ކައުންސިލުން އެޕްރޫވް ކުރުމުގެ ކުރިއަށްވެސ ބެހެނިވެރިން އެ ލިޔުމުގައި ސޮއިކޮށްފައިނުވާކަން.
5.9 ޝަރީޢަތުގެ މަޖިލީހުގައި ދެއްކި ވާހަކަތަކުގެ މައްޗަށް ބިނާކޮށް ޝަރީޢަތުން މަހުޟަރުކޮށްފައިވާ (ސޮއިކޮށްފައިނުވާ) ބަޔާންތަކަށް ބަލާއިރު، ޙަސަން ސުޖާޢު އާއި މުޙައްމަދު ސުޖާޢުގެ ފަރާތުން ހުށަހެޅުންތަކެއް ހުށަހަޅާފައިވާކަން. އެހެންނަމަވެސް، އެއިން އެއްވެސް ހުށަހެޅުމަކާ އެއްގޮތަށް ޢަމަލު ކުރުމަށް އެއްބަސްވެ، ދެފަރާތުން ޞުލްޙަވެރި ޙައްލަކަށް އައިސްފައިނުވާކަން. އަމުދުން ގޯތި ބަހާނެ ގޮތަކީ ކޮބައިކަމާމެދު އިސްތިއުނާފުކުރާ ސުލްޠާނާ ޙުސައިން ހުށަހަޅާ ގޮތެއް، ނުވަތަ އެއްބަސްވާ ގޮތެއް ޝަރީޢަތުން ބަލާފައިނުވާކަން، ބަޔާންތަކަށް ބެލުމުން، ހުށަހެޅުންތަކެއް ބަދަލު ކުރެވުނު ކަމަށްވީނަމަވެސް ޝަރީޢަތުގެ ބެނުމަށްޓަކައި، ދެފަރާތުން އަމަލުކުރާނެ ވަކިގޮތަކަށް ޞުލްޙވެވި އެއްބަސްވެފައި ނެތުމުން، ޝަރީޢަތުން ޢަމަލުކުރައްވަންޖެހޭނެ ގޮތަކީ ގުރުއަތު ލައިގެން ގޯތި ބެހުންކަމަށް އިސްތިއުނާފުކުރާ ފަރާތްތަކުން ދެކޭކަމާއި، އެހެންނަމަވެސް، އެގޮތަށް ދަށު ކޯޓުން ޢަމަލުކޮށްފައި ނުވާކަން.
6.9 ދަށު ކޯޓުގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ 7 ވަނަ ނަންބަރުގައި، އިސްތިއުނާފުކުރާ މުޙައްމަދު ސުޖާޢު އާއި ސުލްޠާނާ ޙުސައިންގެ ފަރާތުން ޙަސަން ސުޖާޢު ހުށަހެޅުމެއް ހުށަހަޅާފައިވާކަމަށް ބުނާއިރު، އެފަދަ ހުށަހެޅުމެއް ޙަސަން ސުޖާޢު ހުށަހެޅިކަން މަހުޟަރު ބަޔާންތަކުން އެނގެން ނެތްކަން. އަދި ހުށަހެޅިކަމުގައިވިޔަސް، އެފަދަ އިޚްތިޔާރެއް ޙަސަން ސުޖާޢު އަށް މުޙައްމަދު ސުޖާޢު އަދި ސުލްޠާނާ ޙުސައިންގެ ފަރާތުން ދީފައިނުވާކަން. އެފަދަ ހުށަހެޅުމަކީ މުޙައްމަދު ސުޖާޢު އާއި ސުލްޠާނާ ޙުސައިންގެ ހުށަހެޅުމެއްނަމަ، އެ ހުށަހެޅުމެއް ސާފުކުރަންޖެހޭނީ އެ ފަރާތްތަކުގެ ކިބައިންކަން، އެހެންނަމަވެސް، ޝަރީޢަތުން ޢަމަލުކޮށްފައިވަނީ އެގޮތަކަށް ނޫންކަން.
7.9 އެންމެ މުހިންމު ކަމަކަށް ގޯތި ދެބައަށް ބަހާއިރު، ގެ ހިމެނޭ ބަޔަށް އިތުރުވާ ގޮތަށް ފިހާރަ ހިމެނޭ ބައިން ދީފައިވަނީ އިސްތިއުނާފުކުރާ އެންމެހާ ފަރާތްތަކެއްގެ ރުހުން އެކަމަށް އޮވެގެން ނޫންކަން.
8.9 ދަށު ކޯޓުގެ ޝަރީއަތުގެ މި ނިންމުމަށް ބަލާއިރު، މި ނިންމުމުން ފަރުވާ ލިބެނީ ހަމައެކަނި އިސްތިއުނާފު ރައްދުވާ ފަރާތަށްކަމާއި، އެހެނީ އެ ނިންމުމުން އިސްތިއުނާފު ރައްދުވާ ފަރާތުން އެދޭ ގޮތަށް މައްސަލަ ނިންމި ގޮތުގެ ޤާނޫނީ އެއްވެސް އަސާސެއް ޙުކުމުން ފެންނަން ނެތްކަން. އެ ސަބަބަށްޓަކައި މިއީ އިސްތިއުނާފުރައްދުވ ފަރާތާ އެއްކޮޅަށް ޖެހިގެން ކުރެވުނު ޙުކުމެއްކަމަށް އިސްތިއުނާފުކުރާ ފަރާތްތަކުން ދެކޭކަން. މިގޮތަށް މެޖިސްޓްރޭޓް ޢަމަލުކޮށްފައި އޮތް އޮތުން ޤާނޫނު ނަންބަރު 2010/13 (ފަނޑިޔާރުންގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކުރާ ވަކި ފަރާތަކަށް ނުޖެހި ޙުކުމްކުރުމަށް އޮތް ޒިންމާއާ ޚިލާފުވެފައިވާކަމާއި، އަދި މި ނިންމުމުގެ ސަބަބުން އިސްތިއުނާފުކުރާ ފަރާތްތަކަށް ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ) އަދި (ށ) އިން އިނސްފުނ ވަކް ފަރާތަކަށް ނުޖެހި ޝަރީޢަތްކުރުމަށް އޮތް ޙައްޤުން މަހުރޫމް ކުރެވޭކަން.
އިސްތިއުނާފުކުރާ ފަރާތުން އެދޭގޮތް
10މުލަކަތޮޅު މުލަކު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 31/K4C/2021 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމް ބާޠިލުކޮށް، އެ މައްސަލަ އަލުން ބެލުމަށްޓަކައި ދަށު ކޯޓަށް ތަހުވީލުކޮށްދިނުމަށް އިސްތިއުނާފުކުރާ ފަރާތުން އެދިފައިވެއެވެ.
އިސްތިއުނާފުރައްދުވާ ފަރާތުން ފާހަގަކުރި ކަންކަން
11އިސްތިއުނާފު ރައްދުވާ ފަރާތުން ފާހަގަކޮށްފައިވަނީ، އޭނާގެ ފަރާތުން ހުށަހެޅި މައްސަލައާއެކު ޗާޓެއް ހުށަހަޅާފައިވާނެކަމަށާއި، ޗާޓު ހުށަހެޅުމުގެ ފުރުޞތަ އިސްތިއުނާފުކުރު ފަރާތްތަކަށް ވެސް ދަށު ކޯޓުން ދިންކަމަށެވެ. ނަމަވެސް، އެފަރާތުން ޗާޓެއް ހުށަހަޅާފައި ނުވާކަމަށެވެ.
12އެހެންކަމުން، ނަޖުމާ އާދަމް ހުށަހެޅި ޗާޓުގައި އޭނާއަށް ގޯތީގެ ދެކުނު ފަޅި ބޭނުންވާކަމަށް ފާހަގަކޮށްފައިވާކަމަށާއި، ދަށު ކޯޓުގެ ފަނޑިޔާރު ނިންމާފައިވަނީ އެގޮތަށް ކަމަށް އިސްތިއުނާފު ރައްދުވާ ފަރާތުން ފާހަގަކޮށްފައިވެއެވެ.
އިސްތިއުނާފުރައްދުވާ ފަރާތުން އެދޭގޮތް
13އިސްތިއުނާފު ރައްދުވާ ފަރާތުން އެދިފައިވަނީ ދަށު ކޯޓުން އަލުން މައްސަލަ ބަލަންޖެހޭ ސަބަބެއް ނެތްކަމަށް ކަނޑައަޅައި ދިނުމަށެވެ.
ޝަރީޢަތަށް ފާހަގަކުރެވޭ ކަންކަން
14މި އިސްތިއުނާފުގައި އޮތީ ބިން އައްޔަންކުރުމުގެ މައްސަލައެކެވެ. މި މައްސަލައަކީ، […] / ސޯސަންވިލާ އެވެކިޔާ ގޯތީގެ ބިން އައްޔަންކުރުމުގެ މައްސަލައެވެ.
15[…] ސޯސަންވިލާ އެވެކިޔާ ބަންޑާރަ ގޯތީގައިވާ އެންމެހާ ޢިމާރާތްތަކާއި ވަޅުފަދަ ތަންތަނާއި އެންމެހާ ތަކެތީގެ މިލްވެރި ދެ ފަރާތަކީ، […] ސޯސަންވިލާ ޙުސައިން މޫސާ މަނިކާއި އޭނާގެ އަނބި […] ސޯސަންވިލާ ޙަލީމާ ޢަލީކަނ އެނގެން އޮވެއެވެ. މި ޙަލީމާ ޢަލީ އާއި މި މައްސަލައިގައި މުލަކަތޮޅު މުލަކު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 13/K4C/98 ޤަޟިއްޔާއިން މި ގޮތަށް ޙުކުމްކޮށްފައިވާކަމަށް، އެ ކޯޓުގެ ނަންބަރު 19/K4C/2005 ޤަޟިއްޔާގައި ބަޔާންކޮށްފައިވެއެވެ. އިސްތިއުނާފުރައްދުވ ނަޖުމާ އާދަމްއާ ދެ މީހުންނަކީ، ދެ ބައްޕަޔަކަށް އެއް މަޔަކު ވިހޭ ދެ މީހުންކަން މި މައްސަލައިގެ ރެކޯޑުތަކަށް ބެލުމުން އެނގެން އޮވެއެވެ.
16ޙަލީމާ ޢަލީގެ ބައި އޭނާގެ މިލްކުން ކަނޑައި އޭނާގެ އެއްބަނޑު އުޚްތު ނަޖުމާ އާދަމަށް ފަހުން ހިބައިން ދީފައިވާކަން އެނގެން އޮވެއެވެ.
17އެހެންކަމުން، ދަށު ކޯޓަށް ބިން އައްޔަނުކުރުމުގެ މައްސަލަ ހުށަހެޅުނުއިރު، […] / ސޯސަންވިލާ އަކީ، އަލްމަރުޙޫމް ޙުސައިން މޫސާ މަނިކު އާ ނަޖުމާ އާދަމްގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ބަންޑާރަ ގޯއްޗއްކަނެ އެނގެން އޮވެއެވެ.
18ނަޖުމާ އާދަމްގެ ފަރާތުން […] ސޯސަންވިލާ އެވެކިޔާ ގޯތީގެ ބިން އައްޔަންކޮށްދިނުމަށް އެދި، މުލަކަތޮޅު މުލަކު މޖިސްޓްރޭޓެ ކޯޓަށް ހުށަހެޅުމުން، އެ މައްސަލއިގައަ އަލްމަރުޙޫމް ޙުސައިން މޫސާ މަނިކުގެ ފަރާތުން ކޯޓަށް ޙާޟިރުވީ އޭނާގެ ވާރިސުން ކަމުގައިވާ؛
1.18- ފިރިހެން ދަރި ޙަސަން ސުޖާޢު،
2.18- ފިރިހެން ދަރި މުޙައްމަދު ސުޖާޢު،
3.18- އަންހެން ދަރި ސުލްޠާނާ ޙުސައިން
4.18- ހުވަފަތް އަނބި ޙަލީމާ ޢަލީ ކަން އެނގެން އޮވެއެވެ.
19މި މައްސަލައިގައި، ދަށު ކޯޓުން ބިން އައްޔަންކޮށްފައިވާ ގޮތުގައި ޤާނޫނީ ގޯސްތަކެއ ހުރިކަމަށް ބުނެ، ޙަސަން ސުޖާޢު، މުޙައްމަދު ސުޖާޢު އަދި ސުލްޠާނާ ޙުސައިން، އެ ޙުކުމް މި ކޯޓުގައި އިސްތިއުނާފުކުރިއެވެ. އެގޮތުން، އިސްތިއުނާފުކުރާ ފަރާތްތަކުން ވަކި ގޮތަކަށް އެއްބަސްވެ ޝަރީޢަތުގައި ބަޔާންދީފައި ނުވާކަމަށާ އެ ފަރާތްތަކުން ބުނެއެވެ. އަދި ބެހެނިވެރިންގެ މެދުގައި އެއްބަސްވުމެއް ނެތްއިރު، ގޯތި ބައިކުރާނެ ގޮތަކާ މުލަކަތޮޅު މުލަކު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 19/K4C/2005 ޤަޟިއްޔާ […] ކައުންސިލްގެ އިދާރާގެ ނަންބަރު B/INDIV/2021/40-(OTHR)364 ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީ ގުޅިގެން ބެހެނިވެރިންގެ މެދުގައި ގުރުއަތުލާފައި ނވާކަމަށު ވެސް އިސްތިއުނާފުކުރާ ފަރާތްތަކުން ބުނެއެވެ. އިސްތިއުނާފުކުރާ ފަރާތްތަކުން އެއްބަސްވިގޮތަށް، އަދި ވަކިން ޚއާ ޞްކޮށް، ޙަސަން ސުޖާޢު އެދިފައިވާ ގޮތަށް ގޯތި ބަހައި އަގުމަގުކޮށް އުނިއިތުރު ހަމަޖައްސާފައިވާކަމަށ ދަށް ކޯޓުނު ނިންމާ، ގޯތީގެ ބައިތައް އަލްމަރުޙޫމް ޙުސައިން މޫސާ މަނިކާއި، ނަޖުމާ އާދަމްއާ ދެމެދު މިލްކުވެގެންވާ ގޮތް ކަނޑައަޅާފައިވަނީ އެއްވެސް ޤާނޫނާ އަސާސެއް ނެތިކަމަށް ވެސް އިސްތިއުނާފުކުރާ ފަރާތުން ބުނެއެވެ. އަދި އެ ނިންމުން، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގެ 2 ވަނަ ނަންބަރާ ޚިލާފުކަމަށް އިސްތިއުނާފުކުރާ ފަރާތުން ބުނެއެވެ. އޭގެ އިތުރުން، އެ ނިންމުމުގެ ސަބަބުން އިސްތިއުނާފުކުރާ ފަރާތްތަކަށް ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ) އާއި (ށ) އިން ލިބިދޭ ޢަދުލުވެރިކަމާއި ހާމަކަމާއެކު ޝަރީޢަތްކުރުމުގެ ޙައްޤުން މަޙުރޫމްކުރެވޭ ކަމަށް ވެސް އިސްތިއުނާފުކުރާ ފަރާތުން ބުނެއެވެ.
20HN1ބިން އައްޔަންކުރުމުގެ މައްސަލަތަކުގައި ޢާންމު އޞު ލުން ޢަމަލުކުރެވޭގޮތަކޫ، ބިން ވަކިކުރުމަށް އެދި ކޮންމެ ފަރާތަކުން މައްސަލަ ހުށަހެޅިކަމުގައިވިޔަސް، އެ ބިން ބައިކުރުމ މެދާ ބިމުގެ ވެރިފަރާތުގެ ހައިސިއްޔަތުން މަސްލަހަތު އޮތް އެންމެހާ ފަރާތްތަކުގެ ބަސް ޝަރީޢަތުން ހޯދުމެވެ. ބިން ބައިކޮށް ވަކިކުރުމާއި، މަގު ނެގުމާއި، ބިމުގައި ހުރި މުދާ އަގުމަގު ކުރުމުގައި އެ ފަރާތްތަކުން އެދޭ ގޮތެއް ޝަރީޢަތުން ސާފުކުރެއެވެ. ބިން އައްޔަންކުރުމުގެ މައްސަލަތައް ބަލަންޖެހޭނީ މި އުޞޫލުން ކަމާމެދު މި މައްސަލައިގެ ޚަސްމުންގެ މެދުގައި ޚިލާފެއް ނެތްކަން އަހުރެންނަށް ފާހަގަކުރެވެއެވެ.
21މި މައްސަލައިގައި އިސްތިއުނާފު ރައްދުވާ ނަޖުމާ އާދަމްގެ ފަރާތުން ފާހަގަކުރަނީ، ބިން އައްޔަންކޮށްފައިވަނީ އިސްތިއުނާފުކުރާ ފަރާތްތަކުން އެގޮތަށް ރުހިގެންކަމަށެވެ. އަދި އެ ފަރާތުން ބިން އައްޔަންކުރަން ބޭނުންވާ ޤާނޫނު ނަންބަރު 2010/12 (މީގެ ފަހުން "ދިވެހިރާއްޖޭގ ފަނޑިޔާރުންގެ ޤާނޫނު" ކަމަށް ބުނެފައި އެވަނީ މި ޤާނޫނަށް ނިސްބަތްކޮށެވެ.) ދިވެހިރާއްޖޭގެ ހައިކޯޓުގެ އިސްމާޢީލް މަޒްހަމް ވ މަޢާނާ މުޙައްމަދު ޤަޟިއްޔާ 2019/HC-A/330 ގޮތުގެ ޗާޓެއް ހުށަހަޅާފައިނުވާތީ އެކަމުގެ މައްޗަށް ބިނާކޮށް ދަށު ކޯޓުން މައްސަލަ ނިންމާފައިވަނީކަމަށް ނަޖުމާ އާދަމްގެ ފަރާތުން ފާހަގަކުރެއެވެ.
22ދަށު ކޯޓުގެ ޝަރީޢަތް ކުރިއަށް ގެންގޮސްފައިވާގޮތް މަޙްޟަރު ބަޔާންތަކުގެ އަލީގައި ބަލާއިރު އަހުރެންނަށ ތިރީގައިވާ ކަންކަން ފާހަގަކުރެވެއެވެ.
1.22- 16 އޯގަސްޓު 2021 ވަނަ ދުވަހު ބޭއްވުނު ޝަރީޢަތުގެ މަޖިލީހުގައި، މައްސަލަ ހުށަހަޅަމުން ނަޖުމާ އާދަމްގެ ވަކީލު ބުނެފައިވަނީ، "...މި މައްސަލައާއެކު މިގޯތި ބައިކުރަން ބޭނުންވާ ގޮތުގެ ޗާޓު ހުށަހަޅާފައިވާނެއެވެ. ވީމާ މިގޮތުގެ މަތިން މިޤަޟިއްޔާ ހިންގަވައ ނިންމަވައި ދެއްވުން އެދެމެވެ. […] ސޯސަންވިލާއެވެ ކިޔާ ބަންޑާރަ ގޯތީގެ ދިގުމިނާ ފުޅާމިނުން (ޖުމުލަ ބޮޑުމިނުން) އަޅުގަނޑުމެން ބޭނުންވަނީ ގެ ހުރިބައި ލިބިގެންދާ ގޮތަށް ނުވަތަ އަލްމަރުޙޫމް ޙުސައިން މޫސާގެ ވާރިސުން ގެ ހުރިބައި ބޭނުންވާނަމަ ނަޖުމާ އާދަމްއަށް ފިހާރަ ހުރިބައި ލިބިގެންދާ ގޮތަށެވެ. އެއީ މި ގޯތީގެ 2/1 (ދެބައިކުޅަ އެއްބައި) ޝަރުޢީ ޙުކުމަކުން ކަނޑައަޅާފައިވާތީ އޭގެ ޒާތުން އެ ޙުކުމް ތަންފީޒް ކުރެވެން ވާނެކަން އަޅުގަނޑު ގަބޫލުކުރަމެވެ..."
2.22- 04 އޮކްޓޫބަރު 2022 ވަނަ ދުވަހު ބޭއްވުނު ޝަރީޢަތުގެ މަޖިލީހުގައި ޙަސަން ސުޖާޢު، މުޙައްމަދު ސުޖާޢު އަދި ސުލްޠާނާ ޙުސައިންގެ ފަރާތުން ޗާޓެއް ހުށަހަޅަން ބޭނުންނަމަ އެ ފުރުޞަތު ދީފައިވާކަން އެނގެން އޮވެއެވެ. އެގޮތުން އެ އަޑުއެހުމުގައި މެޖިސްޓްރޭޓްގެ ފަރާތުން އަންގާފައިވަނީ އަންނަނިވި ފަދައިންނެވެ. "އާދެ! އަޅުގަނޑުމެން ޗާޓް ތިކޮޅަން އަރުވާނަން. އިނގޭތޯ. އެހެން ވެއްޖިޔާ ތަންކޮޅެއް ފަސޭހަވެގެންދާނެ. ހަމަ ދެފަރާތުންވެސް ބޭނުންވަނީ ގޯތީގެ މެދުން ބައިވާގޮތަށްދާން ދެއްތޯ. އެހެން ވެއްޖެއްޔާ ފަސޭހަވެގެން އަވަސްވެގެން ދާނެ މައްސަލަ ހިންގުމަށްޓަކައި. އެހެންވީމާ އަޅުގަނޑުމެން ވަކީލުންނަށް ޗާޓް ފޮނުވައިދޭނަން ތިބފޭ ޅުން ޗާޓަށް ރުހޭކަމުގައިވާނަމަ ރުހޭކަނ އަޅުގަނޑުމެންނަށް އަންގަވައި ދެއްވާ. އަޅުގަނޑުމެން ޝިފާޒުއަށް ވެސް ޗާޓް ފޮނުވައި ދޭންނަން ފޮނުވައިދީފައި ތިބޭފުޅުން މިޗާޓށަ ކުރިއަށް ގެންދަން އެއްބަސްވާކަމުގައި ވަންޏާ އަޅުގަނޑުމެނ ދެންހުރި މަރުޙަލާގެ ކަންތައްތައް ކުރިއަށް ގެންދިއުމުގެ ބައި ކުރިއަށް ގެންދާނަން އިނގޭތޯ. އެއްވެސް ބޭފުލަކު އެއްވެސް ވހަކައެއާ ބުނެލަން ބޭނުންފުޅުތޯ."
3.22- 21 ނޮވެންބަރު 2021 ގެ ޝަރީޢަތުގެ މަޖިލީހުގައި، ދަޢުވާ ލިބޭ ފަރާތްތަކުން އިތުރު ގޮތްތަކެއް އަދި ހުށަހެޅުންތަކެއް ހުށަހަޅާފައި ނުވާކަން ފާހަގަކޮށް، ދަޢުވާލިބޭ ފަރާތްތަކުން ޝަރީޢަތަށް ހާޒިރުވުމަށް އުޒުރުވެރިވެފައިވާތީ އެ ދުވަހުގެ އަޑުއެހުން ކުރިއަށް ނުގެންދިއުމަށް ވަކީލުގެ ފަރާތުން އެދުނު އެދުމުގެ މައްޗަށް ބަލައި އެ އަޑުއެހުން ކުރިއަށް ގެންގޮސްފައި ނުވެއެވެ.
4.22- މި މައްސަލައާ ގުޅިގެން ޝަރީޢަތުގެ އަޑުއެހުމެއް 04 ޑިސެންބަރު 2023 ގައި ބާއްވާފައިވެއެވެ. މި އަޑުއެހުމުގެ މަޙްޟަރު ބަޔާނަށް ބެލުމުން ސާފުވާ ކަމަކީ، ދަޢުވާލިބޭ ފަރާތްތަކުން ގޯތި ހަމަހަމައަށް ބައިކުރުމުގެ ބަދަލުގައި، ފިހާރަ ހުރި ބައި އަދި ގެ އިމާރާތްކޮށްފައ ހުރި ބަޔަކީ ދެބައި ކަމަށް ބަލައިގެން ގ ތ ދެބައި ކުރުމަށެވެ. އަދި އިތުރަށް އަރާ ބަޔަކަށް އަގުމަގުކޮށް އަނެއް ފަރާތަށް އެ އަގު ދައްކާ ގޮތަށް ހަމަޖެއްސުމަށްކަމަށެވެ. މިކަމާ ގުޅިގެން ދަށު ކޯޓުގެ މެޖިސްޓްރޭޓް ފާހަގަކޮށްފައިވަނީ، "މިހާ ރ ހުރިގޮތަށް ބައިކޮށްފިއްޔާ ޢިމާރާތުން ބަޔެއް އެބަދޭ އެހެންވީމާ ޗާޓަށް ބަދަލު ގެނެސްފައިތޯ ކުރިއަށް ގެންދަން ބޭނުންވަނީ ؟ ފިހާރަ ބަޔަށް ގެ ޢިމާރާތުން ތަންކޮޅެއް އެބަދޭ. ކިހިނެއްތޯ ދެފަރާތުންވެސް ބޭނުންވޭތޯ ޗާޓަށް އެބަދަލު ގެނެސްގެން ނިންމަން." މެޖިސްޓްރޭޓް މިގޮތަށް ސުވާލުކުރުމުން މައްސަލައިގައި ހިމެނޭ ފަރާތްތަކުން މި ނުކުތާއާމެދު ބަހުސް ކޮށްފައިވާކަން ފާހަގަކުރެވެއެވެ. އަދި ގޯތީގައިވާ ޢިމާރާތްތައް ތަޅާނުލައި ކުރިއަށްދިޔުމަށް މައްސަލއިގައަ ހިމެނޭ ފަރާތްތަކަށް އެއްބަސްވުމަކަށް އާދެވިފައިވާކަމަށ އަހުރެންނަށް ފާހަގަކުރެވެއެވެ. އެގޮތުން، ފައިސާ ދައްކަންޖެހެނީ، ގެ ޢިމާރާތްކޮށްފައިވާ ބައި ލިބޭ ފަރާތތަކުންކަން އ މަޙްޟަރު ބަޔާންތަކުނު އެނގެއެވެ. ނަމަވެސް، ނަޖުމާ އާދަމްގެ ފަރާތުން ފާހަގަކޮށްފައިވަނީ، ގުރުއަތަކަށް ނުގޮސް، އޭނާއަށް ގެ ޢިމާރާތްކޮށްފައިވާ ބައި ލިބޭނަމަ، މިގޮތަށް އެއްބަސްވާކަމަށެވެ. އެއަށްފަހު، ބަހުސްކޮށްފައިވަނީ، ފައިސާ ދައްކާ ޚަލާސްކުރާނެ މުއްދަތަކާ މެދުގައިކަން އެނގެން އޮވެއެވެ. އެގޮތުން، އެ ޝަރީޢަތުގެ މަޖިލިސް ނިންމާލަމުން ފާހަގަކޮށްފައިވަނީ، "...ދެން އެހެންވީމާ އަޅުގަނޑުމެން ޝަރީޢަތުގެ ފަރާތުން އެގޭ މެދުން ދާއިރު އުތުރު ފަރާތަށް އަރާތަންކޮޅު ގޭ ބަޔަށް އިތުރުކޮށްފައި ދެފަރާތަށް ފޮނުވާލާފައި އަޅުގަނޑުމެން އެހެންވީމާ ވީހާވެސް އަވަހަކަށް ކުރިއަށްދާނީ އެގޮތަށް އެހެންވީމާ އެހިސާބުން ފެށިގެން ފައިސާ ދެއްކުމުގެ ބައި ޝައުފާމެންނަށް ދީފައި ޝައުފާމެނ ފައިސް ދެއްކީމާ އަޅުގަނޑުމެން އެދުވަހު މައްސަލަ ނިމިގެން ދާގޮތަށ އަޅުގަނޑުމެން އަޑުއެހުމެއް ބާއްވާނީ އިނގޭތޯ." އެއަށްފަހު، ދަޢުވާ ރައްދުވާ ފަރާތްތަކުގެ ވަކީލު ފާހަގަކޮށްފައިވަނީ، "ޢިއްޒަތްތެރި ޤާޟީ ނިންމާލުމުގެ ކުރިން އަޅުގަނޑުމެން އޭގެ ކނޮޑިޝަނ ހަސަން ސުޖާޢުގެ ފަރާތުން ކުރަނީ މުޙައްމަދު ސުޖާޢު އިންކާރު ނުކުރައްވަންޏާ އިންގޮތަށް އިންނަވާނީ ޝައުފާމެންނަށ އަޅުގަނޑުމެން ދޭ ފުރޞު ތަކަ 02 (ދޭއް) މަސްދުވަހުގެ ފުރުޞަތެއް މިއަދުން ފެށިގެން ފައިސާ ދައްކަން އެއީ އެބޭފުޅުން އެދުނީ 03 މަސް ދުވަސް 02 މަސް ދީފިއްޔާ އޭގެ ޒާތުގައި އެއްކަލަ ޗުއްޓީ ތަކާއި އެއްޗެތި ވަދެ 03 މަސް ދުވަސް ގާތްގަނޑަކަށް ހިނގާނެ އަޅުގަނޑުމެން ދެނީ މީލާދީ ގޮތުން 60 ދުވަސް އަޅުގަނޑުމެން އެދެން 60 ދުވަހުގެ ފަހުން އެއް ހަފްތާ ދޫކޮށްފައި އަޑުއެހުމެއް ބާއްވާ ދެއްވުމަށް އޭގެ މާނައަކީ ވަގުތު ލިބޭނެއޭ." އެއަށްފަހު، މެޖިސްޓްރޭޓް ފާހަގަކޮށްފައިވަނީ، ދެ މަސް ކުރިން ވެސް ފައިސާ ދައްކައިފިނަމަ މައްސަލަ ތާވަލުކުރާނެ ކަމަށެވެ. އަދި، ދަޢުވާލިބޭ ފަރާތްތަކުން ފާހަގަކޮށްފައިވަނީ، ދެ މަސް ދުވަހުގެތެރޭގައި ފައިސާ ނުދައްކައިފިނަމަ އެ ކޮންޑިޝަން އެފަރާތްތަކުގެ ކޮޅަށް އެނބުރެންވާނެ ކަމަށެވެ.
5.22- 25 ޖޫން 2024 ގައި މައްސަލައިގެ ޙުކުމް ކޮށްފައިވެއެވެ. އެ ޙުކުމުގައި، ގޯތީގެ ގެ ހިމެނޭ ބައި ނަޖުމާ އާދަމަށް ފެނާމާޓް ފިހާރަ ހިމެނޭ ބައި މަރްޙޫމ ޙުސައިން މޫސު މަނިކަށް އޮންނަގޮތަށް ނަޖުމާ އާދަމާއި، މރަޙޫ މ ޙުސައިން މޫސާ މަނިކުގެ ވާރިސުންގެ ފަރާތުން އެދިފައިވާތީ، ނަޖުމާ އާދަމްގެ ފަރާތުން ދެ ބައިގެ އުނިއިތުރު ހަމަޖެއްސުމުގެ ގޮތުން 525,574.76ރ. (ފަސްލައްކަ ފަންސަވީސްހާސް ނަޖުމާ އާދަމްގެ ބަދަލުގައި ޝަރީޢަތަށް ހާޒިރުވި ފަރާތް ފައްސަތޭކަ ހަތްދިހަ ހަތަރު ރުފިޔާ ހަތްދިހަ ހަ ލާރި) 25 ޖޫން 2024 އިން ފެށިގެން 03 (ތިނެއް) މަސްދުވަހުގެ ތެރޭގައި ދެއްކުމަށް އަންގާފައިވެއެވެ.
23HN2މި މައްސަލައިގައި ކަން ހިނގާފައިވާ ގޮތަށް ބަލާއިރު، ކޯޓުގެ ރެކޯޑުތަކުން ފެންނަން އޮތް ޙަޤީޤަތަކީ، ބިން އައްޔަންކުރުމާމެދު، މައްސަލައިގައި ހިމެނޭ ފަރާތްތަކަށް ކޮންޑިޝަނަލް އެއްބަސްވުމަކަށް ވާޞިލުވެވިފައިވާ ކަމެވެ. ފެންނަންއޮތް ޙަޤީޤަތަކީ، އެ ކޮންޑިޝަނަލ އެއްބަސްވުމް އެއްގޮތަށް ނަޖުމާ އާދަމަށް ޢަމަލު ނުކުރެވވިކަމެވެ. ފެންނަން އޮތް ޙަޤީޤަތަކީ، ދަށު ކޯޓުން ޙުކުމް ކުރުމުގެ ކުރިން އަޑުއެހުމެއް ބާއްވާނެކަމަށ ބުން ދިން އިރުޝާދާ އެއްގޮތަށް އަޑުއެހުމެއް ބޭއްވިފައވެސި ނުވާކަމެވެ. ފެންނަން އޮތް ޙަޤީޤަތަކީ، މި މައްސަލައިގައި ދެފަރާތުން އެއްބަސްވެފައިވާ ގޮތްކަމަށް ބަޔާންކޮށް ދަށު ކޯޓށަ ޙުކުމކުރެވިފައް އޮތީ ދެފަރާތުން ވާހަކަދެކެވި މަޝްވަރާކުރެވުނުގޮތާ ވެސް ޚިލާފަށްކަމެވެ.
24ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގެ 2 ވަނަ ނަންބަރާ ދަށު ކޯޓުގެ ފަނޑިޔާރު ޚިލާފުވެފައިވާކަމަށް އިސްތިއުނާފުކުރާ ފަރާތުން ބުނެ ފާހަގަކޮށްފައިވަނީ ވަކި ފަރާތަކަށް ނުޖެހި ޙުކުމްކުރުމަށް އޮތް ޒިންމާގެ ވާހަކައެވެ. އެ ވާހަކަ ބަޔާންކޮށްފައި އޮންނަނީ ފަނޑިޔާރުގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގެ 3 ވަނަ ނަންބަރުގައެވެ. އިސްތިއުނާފުކުރާ ފަރާތަށް 2 ވަނަ ނަންބަރުކަމަށް ބަޔާންކުރެވިފައިވަނީ ލިޔުމުގެ ކުށކުނަކަމަށް ބެލިނަމަވެސް، މި އިސްތިއުނާފުގައި އެ ނުކުތާގެ ތަފޞު ލެއ ބަޔާންކޮށްފައި ނުވެއެވެ.
ނިންމަން ފެންނަގޮތް
25އިސްވެ ބަޔާންކުރެވުނު ކަންކަން އެހެން ހުރުމުން، މުލަކަތޮޅު މުލަކު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 31/K4C/2021 ޤަޟިއްޔާގެ ޙުކުމް ބާޠިލުކޮށް މައްސަލަ ނިންމުމަށް ފެނެއެވެ.
26HN3އަދި މައްސަލައިގައި ހިމެނޭ އެންމެހާ ފަރާތްތަކުގެ ޙައްޤު ކަށަވަރުކުރެވޭ ގޮތުގެ މަތިން:
1.26- ބިން ބަހާނެ ގޮތުގެ ޗާޓުގައި ބެހެނިވެރިންނަށް ސޮއިކުރުމުގެ ފުރުޞަތު ޝަރީޢަތުގެ މަޖިލީހުގައި ދީ،
2.26- ބިން އައްޔަންކުރެވޭ ގޮތުގެ މައްޗަށް ހުރިހާ ފަރާތެއްގެ ބަޔާން ނަގައި، އެ ބަޔާނުގައި ސޮއިކުރުމުގެ ފުރުޞަތު ދީ،
3.26- ބެހެނިވެރިން އެއްބަސްވާ ގޮތެއް އޮތްތޯ ބަލައި، އެއްބަސްވުމަކަށް ވޞާލުވެވޭނަމަ އެގޮތުގެ މަތިން ޝަރީޢަތް ކުރިއަށް ގެންގޮސް،
4.26- އަދި ބެހެނިވެރިންނަށް އެއްބަސްވުމަކަށް ވޞާ ލުނުވެވޭނަމި، މިފަދަ މައްސަލަތަކުގައި ޢަމަލުކުރާ އިޖުރާއަތުތަކާ އެއްގޮތަށް ޝަރީޢަތްކުރިއަށް ގެންގޮސް،
5.26- މި މައްސަލަ އަލުން ބަލައި، ބިން އައްޔަންކުރުމަށްޓަކައި، މި މައްސަލަ ދަށު ކޯޓަށް ތަހުވީލުކުރުމަށް ފެނެއެވެ.
ފަނޑިޔާރު ޙުޒައިފާ މުޙައްމަދުގެ ރަޢުޔު
27އަހުރެން ފަނޑިޔާރު ޙަސަން ޝަފީޢުގެ ރައުޔަށް ތާއީދުކުރަމެވެ.
ފަނޑިޔާރު ޢަބްދުލްމާނިޢު ޙުސައިނގް ރަޢުޔު
28އަހުރެން ފަނޑިޔާރު ޙަސަން ޝަފީޢުގެ ރައުޔަށް ތާއީދުކުރަމެވެ.
އިސްތިއުނާފުކުރުމުގެ އިޖުރާއަތު ބަޔާންކޮށްދިނުން
29މި ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ ޙައްޤު މި މައްސަލައިގެ ޚަސްމުންނަށް ލިބިގެންވެއެވެ. އެގޮތުން، އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ މުއްދަތަކީ ދިވެހިރާއްޖޭގެ ހައިކޯޓުން މި ޤަޟިއްޔާ ނިންމާ ތާރީޚުން ފެށިގެން 30 (ތިރީސް) O:Jtt ::, ;t O_,,. .,,. 2024/HC-A/ 178 ,0.S .,,..;.,,.~ '°""""....,.,, 17 C.:>:>:>:>~:> 0 .,,,.,,,~-, ✓ OX:,~_, 0,,,, O:>O; .S,?./'V_,/./"'A.,O,-..JA 4,?./"'J'./"'A_,/.rV/J' ✓• .r./"'./"',?,-.,...J ✓ .,. .,. .,. 0 t. ✓ .,,, 0 C. (. 13 ' ' ~ ~,, ~,,, ,-..J.P .?./"'./"' ✓ A • J' ✓./'.,0 ./' V /,.I' ✓. A' + 14 (. ' (. ~ (.,,, :, 0.,,,. ~ :, 0 0 (. OX~ 0.,,,. (? · .I' A./".,r?.,. ✓ .r✓ .r_,/ ./"A.I°,,.........,. .,.A ,,.........P.rV./"tP.,. ./'E.,I.-'.,. ouoo t. ,.,,,,, :,:,,c.,,,.,,,:, o:,:,:, 0 .,,,.,,,,, 0.,,,0.,,, :>:>(.:>O~,; t.O E-'E,,........c.? v-7,;:> ?.l°V/.? (./",?-' ✓ ./".A.,r_,/.A ./"V./"V ./".f'./'V./"fltP ,.P,-..J.A .,. .,. .,. .,,,, ~ 0 .,,, _,,_,,._,, _,, 0.,,,.,,::, ~ o:,o t.~O , .A.Sfl.A~ .s .? 'A?At../"V .r.?V/~°" ./".?./"./" .SflA~.S 31 /K4C /2021 .,. .,. .,. .,,, .,,,, .,,, .,,,. 0::,.,. .,,.,.,,,0 ~ .,,,, ~ 0.,,, + t. t. ~ 0.,. ~ ::,.,. ::, .,. .,. t.:>/0 ✓ .,;, .,,, OX ✓ _,,,~ /"/A .s' .S° .s .., t../""" flV .PA/,.P./",-..J,-..J V/,?•,? A.S/.A .S ,?V./"V .P.A.,/ ,,,-v .s.,,,./ .,. + .,. .,. .,. + .,. t.~O~ .,. .,. (::, ,, ~ '::,.,. ::,~ ,uo~ , ) _,.,,,.,,.,.,,.,,.,,,o.,,,, ::, ,, ~ 0.,,::,::,0.,,,0, .S.,,,SA.? .,,.,.P 46 .s' ./"./".S .s V.JOEV .s CA./'.,,, .P.r 22/2010 ./"./".S <,,,-,,7_, V./"'fl.A.A .,. .,. 0 ::,~ OU O O C. :,:,,c.,,,.,,,.:, .,,,.,,,. 0/ .,..? /"EV E-'E,,........c.?.,. ?.l°V/.? /,-..J.A_? .,..? .s' t. t. ox O::, :I O :, ~ 0 ,o,~ .,,, , .,,,,c,.,,, t.UO~ t. .,,,.,,,,. 0/ • J'.?./ ,,,-v.? V ✓. ./"' .S./ ,JO.A.A .,._,,.,..,..,,t../"'.,/ /"" A.SEY.A ✓ .S c.A-' ✓ .P.,r /,,........A.? ~ .,,, .,,, .,,, .,,, .,,, .,,, .,. .,. > O>> ,;, 60 ; :./' V ~V ✓- .A/• .,,.,,,~ .S ~ .,, .,,, .,,, .,,, .:::> . /' \ ~0/.,,, ,~ .,, :,.,,,o.,,,, ~ .,,,.:, ,~ .,,,. ~ .,,.,,,........✓• .., ..,, t../"./ .,r .? A ✓. .? ./ '::' (! ✓. ./' fl _,t. ./"'./ + .,. '? o ? ~ ~ < (, ,, ? C. , ,,. ? , , ,,, 0 ,,, :, ,, + .,,.,.,,.,.:1 .,,,,,.,..,.,..,,., .,,.,.,,.,.:1 12 (✓) .S,/A.7 .,,..I' 284 J .S.fO-"'-"C,:1 ~;.:;) 32/2021 c. + o + < ( , ,,, ? C. , ,,.. + , , _,, 0., , ,,,, + 13 (....) .S.,,='A.7 .,,..I' 284 J ..,.,..,,.., 3 .s_,,o.,,,.,,,,,C-:' ~;.:;) 32/2021 , ...,,,.,.,,., .,,.,.,,..:1 c. + o ? < (, :,::, ? C. , .,, +, , .,,,. 0,,, , ,, + .,,..,,..:1 -" ...,.,.,,,., .,,.,.,,.,.:1 14 k) J_,r.A.? .,,..I' 284 J .S,sOA.,,,,,C-:' ~;_;) 32/2021 ot'c.o*c. '*o> :,:,:,,1;, of'.,, C.UO'!f; (. www-highcourt-gov-mv :;-:;:...,;; info@highcourt-gov-mv
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ޤާނޫނު ނަންބަރު 13/2010 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ށ) ގެ (3)
- ހައިކޯޓުގެ 2019/HC-A/330 (އިސްމާޢީލް މަޒްހަމް ވ. މަޢާނާ މުޙައްމަދު)
ޝަރީޢަތުގެ ވީޑިއޯ
ހައިކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.