ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
2024/HC-A/259

އާމިނަތު ޖީޒާ ވ. ފައުޒިއްޔާ ޢަލީ

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި
ސުޕްރީމް ކޯޓަށް އިސްތިއުނާފުކޮށްފައި ނުވޭ · ރަޖިސްޓްރީ ބެލީ 15 އޮކްޓޫބަރު 2026ޙުކުމުގެ ހާލަތު
ހައިކޯޓު · 12 އޮކްޓޫބަރު 2025ދަށު ކޯޓު: ސިވިލް ކޯޓު 3742-CVC-2023ބާވަތް: މަދަނީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
ސިވިލް ކޯޓު 3742-CVC-2023
ފަހުގެ ތާރީޚު
ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް

ކޯ ޓާމްސް

ޚުލާޞާ

ކޯޓުން ނިންމަން ޖެހުނު ސުވާލު
ކުރިން ބައިކުރެވިފައިވާ ބަންޑާރަ ގޯއްޗެއްގެ ގޯޅިމަގަކީ އެއް ބެހެނިވެރިއެއްގެ ހަމައެކަނި މިލްކެއްކަމުގައި ކަނޑައަޅައި ގޯތި އަލުން ބައިކުރެވޭނެތޯ، ނިހާއީ ވެފައިވާ ކުރީގެ ޙުކުމަކުން ފައިޞަލާކުރެވިފައިވާ ނުކުތާއަކަށް އިޝޫ އެސްޓޮޕަލް ހިނގާނެތޯ؛ އަދި ދަޢުވާ ހުށަހެޅުމުގެ ކުރިން ނިޔާވެފައިވާ ދަޢުވާލިބޭ ފަރާތަކާ މެދު މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 84 ވަނަ މާއްދާ ތަޠުބީޤުވާނެތޯ، ފަނޑިޔާރުންގެ ޤާނޫނުގެ 5(ށ)(3) އާ ޚިލާފުވިތޯ، އަދި އިސްތިއުނާފަކީ ޝަރީޢަތުގެ ނިޒާމު ނަހަމަގޮތުގައި ބޭނުންކުރުމެއްތޯ.

ނިންމުން

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި

އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 ގޯއްޗެއް ބައިކުރުމުގައި ހުރިހާ ބެހެނިވެރިންގެ ބައިން އުނިކޮށް ނެގޭ ގޯޅިމަގަށް ކޯޓުގެ ޙުކުމަކުން ލިބިދޭ ހައިސިއްޔަތު، އެ ބައިތައް ފަހުން އިތުރު ފަރާތްތަކަށް މިލްކުވިޔަސް ދެމިއޮންނާނެ އަދި ބިން ވާރުތަވާ ނުވަތަ މިލްކުވާ ގޮތެއްގެ މަތިން ނަޤުލުވާނެއެވެ.

HN2 ރެސް ޖުޑިކާޓާގެ މާނައަކީ، އިޚްތިޞާޞް ލިބިފައިވާ ކޯޓަކުން ނުވަތަ ޓްރައިބިއުނަލަކުން ވަކި ފަރާތްތަކެއް ހިމެނޭ ކަމެއްގެ މައްޗަށް ނިޔާއެއް ކަނޑައަޅައިފިނަމަ، އިސްތިއުނާފު މަރުޙަލާގެ ބޭރުން އެ ފަރާތްތަކުގެ މެދުގައި އެކަމާ ގުޅިގެން އަލުން ދަޢުވާ ނުކުރެވޭނެކަމެވެ.

HN3 އިޝޫ އެސްޓޮޕަލް ޤާއިމުވާނީ (1) ހުށަހަޅާ ނުކުތާއަކީ ކުރިން ނިންމުމެއް ނިންމާފައިވާ ނުކުތާއަކަށްވެ، (2) އެ ނިންމުން ނިހާއީ ނިންމުމަކަށްވެ، (3) ދެ މައްސަލައިގައިވެސް ހިމެނެނީ އެއް ފަރާތްތަކެއް ކަމުގައިވާނަމައެވެ؛ އިސްތިއުނާފު ނުކުރެވި ނިހާއީވެފައިވާ ނިންމުމަކުން ފައިޞަލާކުރެވިފައިވާ ބައިކުރުމުގެ ނުކުތާ އަލުން ނުބެލެވޭނެއެވެ.

HN4 ބިމާ ގުޅޭ މައްސަލަތަކުގައި ބަދަލުވެފައިވާ ޙާލަތުގެ ސަބަބުން ރެސް ޖުޑިކާޓާގެ އުޞޫލުން އިސްތިސްނާ ދެވިދާނެ ނަމަވެސް، އެ އިސްތިސްނާއަށް އެދޭ ފަރާތުން ބަދަލުވެފައިވާ ޙާލަތު ދައްކަންޖެހޭނެއެވެ.

HN5 ދަށު ކޯޓުގެ ނިންމުމެއް ޤާނޫނުގެ މާއްދާއަކާ ތަޢާރުޒުވާކަމަށް ހަމައެކަނި މާއްދާއަށް ޙަވާލާދިނުމުން ނުވަތަ ޙައްޤަކަށް ރިޢާޔަތްކޮށްފައިނުވާކަމަށް ބުނުމުން އިސްތިއުނާފުގެ އޮޅިގަނޑު ގިރާކުރުމުގެ ޒިންމާ އަދާނުވާނެއެވެ؛ ޤާނޫނީ ނައްސަކާ ޚިލާފުވާ ގޮތް (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 43 ވަނަ މާއްދާގެ ބިނާތަކާ އެއްގޮތަށް) ބަޔާންކޮށްދޭންޖެހޭނެއެވެ.

HN6 މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 84 ވަނަ މާއްދާގެ އިޖުރާއަތު ހިނގާނީ ކޯޓުގައި މައްސަލަ ހިނގަމުންދަނިކޮށް ޚަޞްމަކު ނިޔާވާ ޙާލަތުގައެވެ؛ ނިޔާވެފައިވާ މީހެއްގެ މައްޗަށް ދަޢުވާ ރައްދުކުރެވޭނެ އިޖުރާއަތެއް އެ ޤާނޫނުގައި ނެތުމުން، ދަޢުވާ ހުށަހެޅުމުގެ ކުރިން ނިޔާވެފައިވާ މީހަކު ޚަޞްމެއްގެ ގޮތުގައި ބަލައިގެން މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށާއި، އެކަން ނޭނގި ހުށަހެޅިކަމުގެ އިސްތިސްނާއެއް ޤާނޫނުގައި ނެތެވެ.

HN7 ޝަރީޢަތުގެ ނިޒާމު ނަހަމަގޮތުގައި ބޭނުންކުރުމުގެ ޢަމަލުތައް މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 421(ށ) ގައިވާ ލިސްޓަކީ ނިހާއީ (exhaustive) ލިސްޓެއް ނޫން ނަމަވެސް، ނިޒާމު ނަހަމަގޮތުގައި ބޭނުންކޮށްފައިވާކަމަށް ކަނޑައަޅަންޖެހޭނީ އެކަން ސާފުކޮށް ފާޅުވާނަމައެވެ؛ މައްސަލައެއްގެ ޤާނޫނީ ނުކުތާތައް ބަލިކަށިވުމަކީ ނުވަތަ ކާމިޔާބުވުމުގެ ފުރުޞަތު ހަނިވުމަކީ ހަމައެކަނި އެކަމުގެ މައްޗަށް ނިޒާމު ނަހަމަގޮތުގައި ބޭނުންކުރުމަށް ބަލާނެ ސަބަބެއް ނޫނެވެ.

HN8 ޝަރީޢަތުގެ ނިޒާމު ނަހަމަގޮތުގައި ބޭނުންކުރުމަށް ބުނެ އިސްތިއުނާފު ބާޠިލުކުރަން އެދޭނަމަ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 287(ހ)(2) ގެ ދަށުން އިސްތިއުނާފު އެންގިތާ 20 ދުވަހުގެ ތެރޭގައި އެކަމަށް އެދެންވާނެއެވެ؛ ނިޒާމު ނަހަމަގޮތުގައި ބޭނުންކުރާކަމަށް އަނެއް ޚަޞްމު އެކަށީގެންވާ މިންވަރަށް ދައްކައިފިނަމަ، ހުށަހެޅުން ޤާނޫނުން ތަންދޭކަން ސާބިތުކުރުމުގެ ޒިންމާ އުފުލަންޖެހޭނީ ހުށަހެޅި ފަރާތުންނެވެ (421(ނ)).

ވަކީލުންނާއި ފަނޑިޔާރުން

ވަކީލުން
—
ބެންޗު
ޙުޒައިފާ މުޙައްމަދު، ޙަސަން ޝަފީޢު، ދީބާނާޒް ފަހުމީ
ރިޔާސަތު
—
ރައުޔު ލިޔުނު ފަނޑިޔާރު
ޙުޒައިފާ މުޙައްމަދު · ތާއީދުކުރެއްވީ: ޙަސަން ޝަފީޢު، ދީބާނާޒް ފަހުމީ
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

ފަނޑިޔާރު ޙުޒައިފާ މުޙައްމަދުގެ ރައުޔު

މައްސަލައިގެ ތަޢާރަފު

1މިއީ ސިވިލް ކޯޓުގެ ނަންބަރ 3742-CVC-2023 ޤަޟިއްޔ އާ ކޯޓުން ނިންމާފައިވަނީ ޝަރުޢީ ނުވަތަ ޤާނޫނީ ހަމަތަކާއި ޚިލާފަށްކަމަށް ބުނެ އެ ޤަޟިއްޔާ އިސްތިއުނާފުކުރުމަށް އެދޭ މާލެ، […] އާމިނަތު ޖީޒާ )ދިވެހި ރައްޔިތެއްކަން އަންގައިދޭ( )މީގެ ފަހުން "އިސްތިއުނާފުކުރާ ފަރާތް" ނުވަތަ "އާމިނަތު ޖީޒާ"( ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބަލާފައިވާ ޤަޟިއްޔާއެވެ.

2މ ޤަޟިއްޔާގައި އިސްތިއުނާފި ރައްދުވަނީހދ. މަކުނުދޫ، ކުރި، ފައުޒިއްޔާ ޢަލ )ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރ ( )މީގެ ފަހުން "އިސްތިއުނާފު ރައްދުވާ ފަރާތް" ނުވަތަ "ފައުޒިއްޔާ ޢަލީ"ގ( މައްޗަށެވެ.

މައްސަލައިގައި ކަންހިނގާފައިވާގޮތް

3[…] އެވެ ކިޔާ ބަންޑާރަ ގޯތީގެ ބިމުގެ މިލްކުރެވިކަމާއި، އަދި ވަކިވަކި ބައިތައް ލިބިފައިވ ގޮތާ ބަޔާންކޮށްގެން މެނުވީ މި މައްސަލައިގެ ފަސްފަހަތް ފުރިހަމަނުވް ނެތީ، […] އެވެ ކިޔާ ބަންޑާރަ ގޯތީގެ މިލްކުރެވިކަން ބަދަލުވެފައިވާ ގޮތުގެ ތަފްޞީލެއް ހިމަނަމެވެ.

4މި މައްސަލައިގައި ހުށަހެޅިފައިވާ ލިޔެކިޔުންތަކަށް ބަލާއިރު، މާލެ މުނިސިޕަލިޓީގެ 25 އެޕްރީލް 2001 ގެ […] ނަންބަރު ބ.13805 އިމާރާތާއި ގޯތީގެ ރަޖިސްޓަރީއިން، […] އެވެ ކިޔާ ބަންޑާރަ ގޯއްޗަކީ […] އިބްރާހީމް އިސްމާޢީލްއާއި، އާދަމް އިސްމާޢީލްއާއި، ޙަސީނާ އިސްމާޢީލްގެ ނަމުގައި ރަޖިސްޓްރީ ކޮށްދީފައިވ ގޯއްޗެއްކަމާއި، އަދި މި ގޯތީގައި ހިމެނޭ އެއްމެހައ އިމާރާތްތަކާއި ވަޅުފަދަތަންތަނުގެ މިލްކުވެރި ފަރާތަކީވެސް އިބްރާހީމް އިސްމާޢީލްއާއި، އާދަމް އިސްމާޢީލްއާއި، ޙަސީނާ އިސްމާޢީލްކަނ އެނގެއެވެ.

5މަދަނީ ކޯޓުގެ ނަންބަރު 781/MC/2001 ޤަޟިއްޔއިނާ […] އެވެ ކިޔާ ބަންޑާރަ ގޯތި ބައިކުރުމަށް އެދި މާލެ، […] އިބްރާހީމް އިސްމާޢީލްގެ ފަރާތުނީމައްސަލަ ހުށަހެޅިއެވެ. އެ މައްސަލައިގައި އެދިފައިވަނީ އިބްރާހީމް އިސްމާޢާލ އާއް އޭނާގެ ބޭބެ އާދަމް އިސްމާޢީލްއާއި، ކޮއްކޮ ޙަސީނާ އިސްމާޢީލްގެ ނަމުގައި ރަޖިސްޓަރީކޮށްފައިވީމި . ހަނދުވަރީވާދީ އެވެ ކިޔާ ބަންޑާރަ ގޯތި 03 )ތިނެއް( ބަޔަށް ބައިކޮށްދިނުމަށެވެ.

6މި. ހަނދުވަރީވާދީ އެވެ ކިޔާ ބަންޑާރަ ގޯތީގައިވާ އެންމެހާ އިމާރާތްތަކާއި ވަޅުފަދަ ތަންތަން ބައިކުރަން ބެހެނިވެރިން ބޭނުންވި ގޮތަކީ، މިރިޔާސްމަގުން ގޯތީގެ އެންމެ އެތެރެބަޔަށް ވަނުމަށްޓަކައ ގޯޅިގަނޑެއް ހަދައި، އެންމެއެތެރެ ބައި އާދަމް އިސްމާޢީލްއަށް، ގޯޅިގަނޑުގެ އިރުމަތީބައި އިބްރާހީމް އިސްމާޢީލްއަށް، ގޯޅިގަނޑުގެ އިތުރު ބައި ޙަސީނާ އިސްމާޢީލްއަށް ހަމަޖެއްސުމެވެ.

7މ މައްސަލި ނިންމާފައިވަނީ މާލެ މުނިސިޕަލޓީގް ނަންބަރ 99-C/144/2001/134 )27 މެއި 2001( ސިޓީއާއާއެކު ފޮނުވާފައިވާ ޗާޓާއި އެއްގޮތަށް […] އެވެކިޔ ބަންޑާރަ ގޯތީގެ އުތުރު ފަރާތުން، އިރުނޭހުޅަނގަށް ދަމާލެވޭ ތެދުރޯނަކުން ބައިކުރުމަށްފަހ އެބައިގައ ހިމެނި 78.35 އަކަމީޓަރުގެ ސަރަޙައްދުގައިވާ އެންމެހައި ޢިމާރާތްތަކާއި ވަޅުފަދަތަންތަން އާދަމް އިސްމާޢީލްއަށް، ގޯތީގެ ދެންއޮތްބައިގެ މެދުން '4 ފޫޓު ގޯޅިމަގެއް، އުތުރުން ދެކުނަށް އޮތުމަށްފަހު ގޯތީގެ އިރުމަތީ ފަރާތުގައި ހިމެނޭ 78.35 އިކަމީޓަރުގެ ސަރޮޙައްދުގައިވާ އެންމެހއަ ޢިމާރާތްތަކާއި ވަޅުފަދަތަންތަނ އިބްރާހީމް އިސްމާޢީލްއަށް، ގޯތީގެ ހުޅަނގަށް އތޮ 78.35 މަދަނީކޯޓްގެ ނަންބަރު 781/MC/2001 ޤަޟިއްޔާގެ "ޝަރީޢަތް ނިމުން ގޮތުގު ރިޕޯޓް" ގެ "މައްސަލައިގެ ޚުލާޞާ" މަދަނީކޯޓްގެ ނަންބަރު 781/MC/2001 ޤަޟިއްޔާގެ "ޝަރީޢަތް ނިމުން ގޮތުގު ރިޕޯޓް" ޤަޟިއްޔާގެ ފާހަގަކުރެވޭ ނުކުތާތަކުގެ 2 ވަނަ ޕެރެގްރާފް އަކަމީޓަރުގެ ސަރަޙައްދުގައި އޮތްބައިގައ ހިމެނި އެންމެހައި ޢިމާރާތްތަކައި ވަޅުފަދަ ތަންތަން ޙަސީނާ އިސްމާޢީލްއަށް ހަމަޖައްސައި އެމީހަކަށް ލިބުނު ބައެއްގައިވާ އެންމެހައި ޢިމާރާތްތަކާއި ވަޅުފަދަ ތަންތަން އެ މީހަކަށް މިލްކުވެއްޖެކަމަށް ކަނޑައަޅައެވެ.

8އިބްރާހީމް އިސްމާޢީލް 21 އޮކްޓޫބަރު 2012 ގައި ނިޔާވެފައިވާތީ، މި މަރްޙޫމްގެ ވާރިޘުންނަކީ ކޮބައިކަން ކަނޑައެޅުމަށާއި، އެ މަރްޙޫމްގެ ތަރިކަ ވާރިޘުންގެ މެދުގައި ބަހައި ހަމަޖައްސަން އ މަރްޙޫމަށް ބޮޑުބޭބެ ކިޔާ އާމިނަތު ޖީޒ މައްސަލާ ހުށަހެޅިއެވެ.

9މ މައްސަލި ބަލާފައިވަނީ ސިވިލް ކޯޓުގެ ނަންބަރ 2165/Cv-C/2012 ޤަޟިއްޔއިންނެވެ. މާ މައްސަލައިގައި މަރްޙޫމް އިބްރާހީމް އިސްމާޢީލްގެ ތަރިކައިގެ ގޮތުގައި ބަހައި ހަމަޖައްސަން ހުށަހެޅުނު މުދަލުގެ ތެރޭގައި، މަރްޙޫމް އިބްރާހީމް އިސްމާޢީލްގެ ނަމުގައި ރަޖިސްޓަރީ ކޮށްފައިވާ […] ވާދީ އެވެ ކިޔާ ގޯއްޗާއި އެ ގާތެގައިވާ އެންމެހައި ޢިމާރާތްތަކާއި ނުއުފުލޭ މުދާ ހިމެނެއެވެ.

10ސިވިލް ކޯޓުގެ ނަންބަރު 2165/Cv-C/2012 ޤަޟިއްޔާނިންމާފައިވަނީ،އަލްމަރްޙޫމާ އިބްރާހީމް އިސްމާޢީލް ނިޔާވިއިރު ވާރިޘުންގެ ގޮތުގައި ދުނިޔޭގައި ތިބްމަރްޙޫމްގެ ހުވަފަތް އަނބި ފައުޒިއްޔާ ޢަލީއާއި، އެއްބަނޑު އެއްބަފާ އަޚ އާދަމް އިސްމާޢީލްއާއި، އެއްބަނޑު އެއްބަފާ އުޚތު ޙަސީނ އިސްމާޢީލް ކަމާއި، މަރްޙޫމް އިބްރާހީމް އިސްމާޢީލްގެ ނަމުގައި ރަޖިސްޓަރީކޮށްފައިވާ […] އެވެ ކިޔާ ބަންޑާރަ ގޯތި މަރްޙޫމްގެ 03 )ތިނެއް( ވުރާ ޘަން ކަމުގައިވާ ފައުޒިއްޔާ ޢަލީއާއި، ޙަސީނާ އިސްމާޢީލްއާއި، އާދަމް އިސްމާޢީލްއަށް ހަމަހަމޫ ކޮށް ލިބިގެންވާކަމާއި، މަރްޙާމ އިބްރާހީމް އިސްމާޢީލް ނިޔާވިތ 13 )ތޭރަ( ދީވަސ ފަހުން ވާރިޘުންކުރެ އާދަމް އިސްމާޢީލް ނިޔާވިކަމާއި، އާދަމް އިސްމާޢީލް ނިޔާވިއިރު، އަދާމް އިސްމާޢީލްގެ ވާރިޘެއްގެ ގޮތުގައި ދުނިޔޭގައިތިބ މަރްޙުމްގެ އަންހެން ދަރި އާމިނަތު ޖީޒާއާއި، އެއްބަނޑު އެއްބަފާ އުޚތ ޙަސީނާ އިސްމާޢލްކަމާއި، މަރްޙޫމް އިބްރާހީމް އިސްމާޢީލްގެ ތަރިކައިން މަރްޙޫމް އާދަމް އިސްމާޢާލްގެ ވާރިޘުންނަށް ލިބޭ ބައިނީ އާދަމް އިސްމާޢީލްގެ ވާރިޘުންކުރެ ޙަސީނާ އިސްމާޢީލްއަށް ލިބޭ ބައި، އާމިނަތު ޖީޒާއަށް ޙަސީނ އިސްމާޢީލްގެ ފަރާތުން ހަދިޔާކޮށް، އެ ހަދިޔާ އާމިނަތު ޖީޒާ ޤަބޫލުކޮށްފައިވާތީ، މަރްޙޫމް އިބްރާހީމް އިސްމާޢީލްގެ ތަރިކައިން އިސްވެ ބަޔާންކުރަނިވި ގޮތުގެ މަތިން، އާދަމް އިސްމާޢް ލްގެ ވާރިޘުންނަށް ލިބިގެންވާ ބައި އާމިނަތު ޖީޒާއަށ ލިބިގެންވާކަމަށް ކަނޑައަޅައެވެ.

11އިސްވެ ބަޔާންކޮށްފައިވާ ގޮތުގެ މަތިން، […] ދީ އެވެކިޔ 843 )އަށްސަތޭކަ ސާޅީސް ތިނެއް( އަކަފޫޓުގެ ބަންޑާރަ ގޯތި އާމިނަތު ޖީޒާ، ޙަސީނާ އިސްމާޢިލް އަދި ފައުޒިއްޔާ ޢަލީގ ނަމުގައި ރަޖިސްޓަރީކުރެވިފައިވާހިނދު، މި ގޯތި މ 03 )ތިނެއް( ބެހެނިވެރިންގެ މެދުގައި ޢީއްޔަންކޮށްދިނުމަށ އެދް ބެހެނިވެރިންގެ ތެރެއިން ފައުޒިއްޔާ ޢަލީ ސިވިލް ކޯޓަށް މައްސަލަ ހުށަހެޅިއެވެ. މި މައްސަލަ ބަލާފައިވަނީ ސިވިލް ކޯޓުގެ ނަންބަރ 1942/Cv-C/2020 ޤަޟިއްޔާއިންނެވެ.

12މ މައްސަލައިގައި […] އެވެ ކިޔާ ބަންޑާރަ ގޯތި ބައިކުރުމަށް ފައުޒިއްޔާ ޢަލީއާއި، އަދި ޙަސީނާ އިސްމާޢީލް އެދިފައިވަނީ އެއް ގޮތިކަށެވެ. އެއީ ގޯތީގެ ގޯޅްމަގެއް ނެގުމެއްނެތި، ގޯތި ބައިކުރުމަށެވެ. ގޯޅިމަގެއް ގޯތީގެ އިމުގެ ތެރެއިން ނުނެގިނަމަވެސް، ގޯއްޗަށް ވަނުމަށް ގޯޅި މަގެއް އޮތްކަން މި ބެހެނިވެރިން ފާހަގަކުރިއެވެ. އާމިނަތު ޖީޒާ އެދުނީ ގޯތީގެ އިރުމަތިން ގޯޅިމަގެއ ނެގުމަށްފަހު ގޯތި ބައިކުރުމަށެވެ. ބެހެނިވެރާން މިކަމުގައި އެއްބަސްވެވޭ ގޮތެއް ނެތުމުން، ބެހެނިވެރިންނަށް އެންމެ ބޮޑަށް ގޯތީގެ މަންފާ ކުރްނެގޮތަކީ ކޮބައިތޯ ބަލައި، ގޯޅިމަގެއ ނުނެގިނަމަވެސް، ގޯއްޗަށް ވަދެ ނިކުމެވޭ ގޮތެއް އޮތުމުން، ފައުޒިއްޔާ ޢަލީއާއި ޙަސީނާ އިސްމާޢީލް ހުށަހަޅާފައވާ ޗާޓކ ގޯތީ ބައިކުރުމަށް އެންމެ ރަނގަޅު ގޮތްކަމަށް ކަނޑައެޅިއެވެ.

13ގޯތި ބައިކުރެވެނ މާލީ ސިޓީ ކައުންސިލުގެ އިދާރގާ ނަންބަރ 425-B5/144/2021/251 )09 ސެޕްޓެންބަރު 2021( ސިޓީއާއެކު ފޮނުވާފައިވާ ޗާޓާއި އެއްގޮތަށް، 281 )ދުއިސައްތަ އަށްޑިހ އެކެއް( އަކަފޫޓު ހުންނަ 03 )ތިނެއް( ބައިގެ މައްޗަށްކަމާއި، ގޯތީގެ ބައިތައް ނެގިފައިވަނީ ގޯތީގެ ދެކުނުގައި )މިރިޔާސްމަގުން ވަދެވޭގޮތަށް( އެއްބައި އޮންނަ ގޮތަށް، އަދި ގޯތީގެ އްތުރުގައި ބައެއް، އަދި ގޯތީގެ މެދުގައި އެއްމިންވަރެއްގެ ބައިތައް އޮންނަ ގޮތަށްކަމުގައިވާއިރު، މި ގޯތީގެ ބައިތައް ޢެއްޔަންކުރުމަށް )ވަކި ގޮތަކަށް އެއްބަސްނުވެވުމުން(، ބެހެނިވެރިންގެ ޙާޟިރުގައި ލެވުނު ގުރުއަތާއ އެއްގޮތަށް، މިރިޔާސްމަގަށް ވަދެވޭގޮތަށ އޮންން ގޯޅިމަގަށް އަދި މިރިޔާސްމަގަށ އޮންން ގޯތީގެ ދެކުނުން އޮންނަ 281 )ދުއިސައްތ އަށްޑިހަ އެކެއް( އަކަފޫޓުގެ ބައި ފައުޒިއްޔާ ޢަލީއަށ ޢައްޔަންކޮށް، ގޯތީގެ މެދުގައި އޮންނަ 281 )ދުއިސައްތަ އަށްޑިހަ އެކެއް( އަކަފޫޓުގެ ބައި އާމިނަތު ޖީޒާއަށުޢައްޔަންކޮށް، އަދި ގޯތީގެ އތުރުގައި އޮންނަ 281 )ދުއިސައްތ އަށްޑިހަ އެކެއް( އަކަފޫޓުގ ބައި ޙަސީނާ އިސްމާޢީލްއަށް ޢައްޔަންކޮށް، އެ މީހު ކަށް ޢައްޔަންކުރެވުނު ބައެއްގައިވާ ޢިމާރާތްތަކާއި ނުއުފުލޭ މުދަލަކީ އެ މީހަކަށް މިލްކުވެގެންވާ ތަންތަންކަމުގައި، ސިވިލް ކޯޓުގެ ނަންބަރ 1942/Cv-C/2020 ޤަޟިއްޔާއިން ކަނޑައަޅާފައިވެއެވެ.

14ބުނެވިދިޔަ ސިވިލް ކޯޓުގެ ނަންބަރު 1942/Cv-C/2020 ޤްޟިއްޔއިނާޙުކުމްކުރުމާއި ގުޅިގެން ގޯތީގެ ދެކުނަށް އޮތ 281 )ދުއިސައްތަ އަށްޑިހަ އެކެއް( އަކަފޫޓުގެ ބައިފައުޒިއްޔާ ޢަލީއަށް "ހަނދުވަރީވާދީ 1" މި ނަމުގައި ވަކި ގޯއްޗެއްގ ގޮތުގައެ ރަޖިސްޓްރީކުރެވިފައިވާކަނ މާލް ސިޓީ ކައުންސިލްގެ އިދާރާއިނީމ. ހަނދުވަރީވާދީ 1 އެވެ ކިޔާ ގޯއްޗަށް ހަދާދީފައިވާ ރަޖިސްޓްރީ ނަންބަރ ބ.21036 "ޢިމާރާތާއި ގޯތީގެ ރަޖިސްޓަރީ" އިން އެނގެން އޮވެއެވެ.އަދި އާމިނަތު ޖީޒާގެ ނަމުގައި […] ރަޖިސްޓަރީކުރެވިފައިވާކަނ އޭނާގެ ވާހަކަތަކުން އެނގެއެވެ.

15ސިވިލް ކޯޓުގެ ނަންބަރު 2023-CVC-3742 ޤަޟިއްޔާއަކީ، […] އެވެ ކިޔާ ގޯތީގެ ބިން ޢައްޔަންކުރިއިރު، ޢައްޔަންކުރެވުނު ބައިތަކަށް ވަނުމަށް ގޯޅިމަގެއް އޮތުމުން، […] ގޯތީގެ އިމުގެ ތެރެއިން ގޯޅިމަގެއް ނުނަގައި ގޯތީގެ ބައިތައް ބައިކުރުމަށް ސިވިލ ކޯޓުގް ނަންބަރ 1942/Cv-C/2020 ޤަޟިއްޔާއިން ނިންމާފައިވާ ނިންމުމުގެ ސަބަބުން ތަނުގެ މަޞްލަޙަތަށް ކުރާ އަސަރު ގޯސްވެ، އާމިނަތު ޖީޒާގެ ނަމުގައި ރަޖިސްޓަރީކޮށްފައިވ […] އެވެ ކިޔާ ގޯއްޗަށް ވަދެ ނުކުތުމަށް އޮތް ހަނިގޯޅިއަށް އަރައިގަނެ، މުޅި ތަނުގެ މަޞްލަޙަތު ގެއްލި، އަބަދު ޒުވާބުކުރުމާއި، އަރައިރުންވުމުގައި އުޅެންޖެހިފައިވާތީ،ސިވިލ ކޯޓުގް ނަންބަރ 1942/Cv-C/2020 ޤަޟިއްޔާ ނިންމުމަށްފަހު ޒުވާބުކުރުމަށ ކުރިން ނެތް ފުރުޞަތު ހުޅުވި، ކުރިމަގުގައި މަޞްލަޙަތު ގެއްލުމުގެ އިތުރުން ސިލްސިލާ މާރާމާތީތަކެއް އުފެދިދާނެކަމުގ ބިރުވެރިކަން އޮތުމުން، އެކަމަށް ފުރުޞަތު ނުދިނުމުގެ ގޮތުން، ގޯއްޗަށް ވަނުމަށް މިހާރު އޮތ ގޯޅިމަގަކީ، އާމިނަތު ޖީޒާގެ މިލްކެއްކަމުގައި ކަނޑައަޅައި، ގޯތީގިއިރުމަތިން ގޯޅިމަގެއް ނެގުމަށްފަހު، ގޯތި 03 )ތިނެއް( ބަޔަކަށް، ބަޔެއްގައި 222.83 )ދުއިސައްތަ ބާވީސް ޕޮއިންޓް އަށެއް ތިނެއް އަކަފޫޓު( ހުންނާނެގޮތަށް، ގޯތި ބައިކުރުމަށް އާމިނަތު ޖީޒާގެ ފަރާތުން ފައުޒިއްޔާ ޢަލީއާއި، ޙަސީނ އިސްމާޢީލްއަށް ދަޢުވާ ރައްދުވާގޮތަށް ހުށަހެޅި މައްސަލައެކެވެ.

16މ މައްސަލއިގަލިޔެކިޔުންތައް ދަޢުވާލިބޭ ފަރާތްތަކުގެ ތެރެއިން ޙަސީނާ އިސްމާޢީލްއަށް ރައްދުކުރުމަށް ކުރެވުން މަސައްކަތުން، ޙަސީނާ އިސްމާޢީލް ނިޔާވެފައިވާކަމުގެ މަޢުލޫމާތު ލިބުނުހިނދު، މިކަން ސާފުކުރުމުން، ޙަސީނާ އިސްމާޢީލް 27 އޮކްޓޫބަރު 2023 ގައި ނިޔާވެފައިވާކަން އެންގިފައިވެއެވެ.

17އާމިނަތު ޖީޒ ހުށަހެޅާ ދަޢުވި ފޯމާ އެންޓްރީ ކުރި ތާރީޚަކީ 15 ނޮވުނެ ބަރް 2023 ގައި ކަމަށްވާއިރު، އަދި ރަޖިސްޓރީކުރެވިފައިވަނ 04 ޑިސނެ ބަރް 2023 ގައިކަން އެނގެން އޮތުމުން، ދަޢުވާ ފޯމު ހުށަހެޅު މުގ ކުރިން ދަޢުވާ ރައްދުވާ ޙަސީނާ އިސްމާޢީލް ނިޔާވެފައިވާކަން އެންގިފައިވެއެވެ. މި ސަބަބަށްޓަކައި، އަލްމަރްޙޫމާ ޙަސީނާ އިސްމާޢީލް މި ދަޢުވާއިން އުނިކޮށް، ޙަސީނާ އިސްމާޢީލް މ ދަޢުވާއިން ތަޚައްރުޖުކުރުމަށް ނިންމާފައިވެއެވެ.

18މ މައްސަލައިގައި ދަޢުވާގެ ޖަވާބުގައި ދަޢުވާލިބޭ، ފައުޒިއްޔާ ޢަލީ ބުނެފައިވަންދާ ޢުވާއަށ އިންކާރުކުރާކަމަށާއި، އާމިނަތު ޖީޒާގެ ފަރާތުން ދަޢުވާގައި ހުށަހަޅާފައިވާ އެއްވެސްކަމެއް ފައުޒިއްޔާ ޢަލީގެ ފަރާތުން ކޮށްފައިނުވާނެކަމަށާއި، ފައުޒިއްޔާ ޢަލީ ދިރިއުޅެމުންދަނީ ފައުޒިއްޔާ ޢަލީގެ އުފަން ރަށްކަމަށްވާ ހދ. މަކުނުދޫގައިކަމަށާއި، ފައުޒިއްޔާ ޢަލީއަށް […] އިން ލިބިފައިވާ ބައި ލިބުނު އިރުވެސް އަދި މިހާރުވެސް ބޭނުންކުރަމުންދަނީ އާމިނަތު ޖީޒާގެ ފަރާތުންކަމަށާއި،ފައުޒިއްޔާ ޢަލީގެ ފަރާތުން އާމިނަތު ޖީޒާއަށްއެއްވެސް އުދަނގުލެއް، ތުރާލެއްކޮށްފައިނުވާނެކަމަށާއި، އާމިނަތު ޖީޒާގެ ފަރާތުން ދަޢުވާގައި ފާހަގަކޮށްފައިވާ ކަންކަން ޙައްލުކުރުމަށް މާލޭ ސިޓީ ކައުންސިލަށް ހުށަހެޅުމުން އެ މައްސަލަ ޙައްލުނުކޮށްދިނުމުންނާއި، އަދި މާލޭ ސިޓީ ކައުންސިލްގެ އިޙުމާލުގ ސަބަބުން އާމިނަތު ޖީޒާއަށް ދިމާވާ އެއްވެސްކަމެއްގެ ޒިންމާ ފައުޒިއްޔާ ޢަލީ އުފުލާކަށ ނުޖެހޭނެކަމަށާއި،މ މައްސަލައިގައި ބަޔާންކޮށްފައިވާ ގޯޅިއަކީ […] ބިނެ ބެހުމަށާއި، ބިން ޢައްޔަންކުރުމަށް ހިންގި ދެ ޤަޟިއްޔާކަމަށްވާ ސިވިލް ކޯޓުގެ ނަންބަރ 2165/Cv-C/2012 ޤަޟިއްޔާ އާއި ސިވިލް ކޯޓުގެ ނަންބަރު 1942/Cv-C/2022 ޤަޟިއްޔާގެ ކުރީންވެސް އޮތް ގޯޅިއެއްކަމަށްވާތީ އާމިނަތު ޖީޒާގެ ފަރާތުން ޙަވާލާދުދިވެހިރާއްޖޭގ ސުޕްރީމް ކޯޓުގެ ނަންބަރ 2020/SC-A/82 ޚަދީޖާ ޢަބްދުއްރަޙްމާން ވ. ސަކީނާ ޢަބްދުއްރަޙްމާން އަދި އިތުރު 04 ފަރާތެއް ޤަޟިއްޔާގައި ފާހަގަކޮށްފައިވާ ގޯޅީގެ ޙާލަތަކަށް މި މައްސަލައިގައިވާ ގޯޅީގެ ޙާލަތެއް ނުވަންނަކަމަށާއި، ސިވިލް ކޯޓުގެ ބުނެވިދިޔަ ޤަޟިއްޔާތައް އާމިނަތު ޖީޒާގެ ފަރާތުނ އިސްތިއުނާފުކޮށްފައިނުވާކަމަށާއި، މި ސަބަބުތަކަށްޓަކައި މި ދަޢުވާއަކީ އަސްލެއް ނެތި ފައުޒިއްޔާ ޢަލީގެ މައްޗަށް ކޮށްފައިވާ ބާޠިލު ދަޢުވާއެއްކަމަށވެ.

ދަށު ކޯޓުން މައްސަލަ ނިންމިގޮތް

19އަލްމަރްޙޫމާ ޙަސީނާ އިސްމާޢީލް މި ދަޢުވާއިން އުނިކޮށް، ޙަސީނާ އިސްމާޢލީ މި ދަޢުވާއިން ތަޚައްރުޖުކުރުމަށ ނިންމް ނިންމުނި ބިނާކޮށްފައިވަނީ، ޤާނޫނު ނަންބަރ 2021/32 )މަދަނީ އިޖުރާއަތުގެ ޤާނޫނު(ގެ 84 ވަނި މާއްދާގަ މައްޗަށެވެ. މި މާއްދާގައި މައްސަލައެއްގައި ދަޢުވާކުރާ ފަރާތް އަދި ދަޢުވާލިބޭ ފަރާތް މަރުވެއްޖެނަމަ، ޝަރީޢަތުން އެ މީހެއްގެ ވާރިޘުން ކަނޑައަޅައި ނިމެންދެނ މައްސަލައިގް ޝަރީޢަތް މެދުކަނޑާލަންޖެހޭނެކަމަށާއި، ވާރިޘުން ކަނޑައެޅުމުގެ އިޖުރާއެތ ފުރިހަމަކުރުމަށްފަހު އެ ފަރާތުގެ ވާރިޘުންގެ ފަރާތުން ހުށަހާޅުމުން، މައްސަލައިގެ ޝަރީޢަތް އަލުން ކުރިއަށް ގެންދަންވާނެކަމަށް ބަޔާންކޮށްފައި އޮތްއިރު، މި މައްސަލައިގައި އަލްމަރްޙޫމާ ޙަސީނ އިސްމާޢީލް ނިޔާވެފައިވަނ ދަޢުވީ ހުށަހެޅުމުގެ ކުރިންކަމުގައިވާތީ، މި މާއްދާއަށް ޢަމަލުނުކުރެވޭނެކަމުގައި ނިންމާފައިވެއެވެ.

20މި މައްސަލައިގައި ސިވިލް ކޯޓުން ނިންމާފައިވަނީ، […] ކިޔާ ގޯއްޗަށް ވަނުމަށް މިހާރު އޮތް ގޯޅިމަގަކީ އާމިނަތު ޖީޒާގެ މިލްކެއްކަމުގައި ކަނޑައެޅޭނެ ޤާނޫނީ ހަމައެއް ނެތްކަމުގައި ކަނޑައަޅައި، […] ކިޔާ ގޯތި )މިހާރު ރަޖިސްޓަރީ ބާޠިލުވެފައި( އިރުމަތިން ގޯޅިމަގެއް ނެގުމަށްފަހު، ގޯތި ތިން ބަޔަކަށް، ބަޔެއްގައ 222.83 )ދުއިސައްތަ ބާވީސް ޕޮއިންޓް އަށެއް ތިނެއް( އަކަފޫޓު ހުންނާނެގޮތަށް، ގޯތި ބައިކުރުމަށް ހުށަހެޅިގޮތަށ، ގޯތި ބައިކުރުމަކީ ކުރެވިދާނެ ކަމެއް ނޫންކަމުގައި ކަނޑައަޅައެވެ.

21މި ނިންމުމަށް ވާސިލުވުމުގައި އަންނަނިވި ކަންކަމަށް ރިޢާޔަތްކޮށްފައިވެއެވެ.

21.1. […] ކިޔުނު ބަންޑާރަ ގޯތި 03 )ތިނެއް( ބަޔަށް ބައިކުރުމުން، އެ ބައިތައް ލިބޭނެކަމަށް މަދަނީ ކޯޓުގެ ނަންބަރ 781/MC/2001 ޤަޟިއްޔާއިން ކަނޑައެޅި ފަރާތްތަކަކީ، އެ ގޯތި ބައިކުރުމަށް ނެގި ގޯޅިމަގުގެ މިލްކުވެރި ފަރާތްތައްކަމާއި، އެ ގޯޅިމަގު ނެގިފައިވަނީ ހުރިހާ ބެހެނިވެރިންގެ ބައިތަކުނ ވަކް މިންވަރެއްގެ އަކަފޫޓު އުނިވާގތަށްކަމާއި، މަގާ އިންވެގެން ގޯތީގެ ބައިތައް ހުރުމަކީ، އެ ފަރާތްތަކުގެ ބައިތަކަށް ވަންނަންޖެހޭ ދޮރު މްގޭށ ކެނޑުން ލާޒިމުވާ، ގޯޅިމަގަށް ދޮރު ކެނޑުން މަނާކުރެވޭ، އަދި ގޯޅިމަގު ބޭނުންކުރުން މަނާކުރެވ ސަބަބެއް ކަމުގައި ބެލެވޭނެ ޤާނޫނީ ހަމައެއް ނެތްކަން

21.2. މަދަނީ ކޯޓުގެ ނަންބަރު 781/MC/2001 ޤަޟިއްޔާއިން ގޯތި ތިންބައިކޮށް، ގޯތީގެ އިރުމަތީގައިވާ ބައިއިބްރާހީމ އިސްމާޢީލްއަށް ލިބި، އިބްރާހީމް އިސްމާޢީލްގެ ފަރާތުން އެތަން އރުތ 03 )ތިނެއް( މީހަކަށް ލިބުނުކަމުގައިވިޔަސް، ކުރިން ނެގުނު ގޯޅިމަގަށް އޮންނާނީ ކުރިން އެ ގޯޅިމަގަށް ލިބިދީފައިވާ ހައިސިއްޔަތުކަމާއި، އެ ހައިސިއްޔަތު ގޯތީގެ ބިން ތަބާވެ ގޮތެއްގެ މަތިން ނަޤުލުވާނެކަމާއި، ސިވިލް ކޯޓުގެ ނަންބަރ 1942/Cv-C/2020 ޤަޟިއްޔާ ނިންމިއިރު، ބައިކުރެވުނު ގޯތީގެ ހުޅަނގުން އޮތް ގޯތި މަގު އޮތީ ނަންބަރ 781/MC/2001 ޤަޟިއްޔާއި ން ކަނޑައެޅި ގޮތުގެ މަތިންކަން

21.3. ގޯޅިމަގަކީ ގޯތީގެ ހުރިހާ ބެހެނިވެރިންގެ ޙައްޤު އޮތް ތަނަކަށްވާތީ، އެތަނުގެ މިލްކުވެރިކަން ނިސްބަތްކުރެވޭ ބާކީ ތިބި މީހުންގެ އިޒުނަނެތި، ޤާނޫނު ހުއްދަކުރާ މުޢާމަލާތެއްގެ ތެރެއިން ނޫންގޮތަށް، އެތަން ހަމައެކަނި އާމިނަތު ޖީޒާއަށް މިލްކުވާ ތަނެއްގެ ގޮތުގައި ކަން ޑައެޅުމަކ ޤާނޫނީ ގޮތުން ކުރެވޭނެކަމެއްނޫންކަނ

21.4. އާމިނަތު ޖީޒާގެ ފަރާތުންމ ދަޢުވާގައި ހަވާލް ދާ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގ ނަންބަރު -LB/INDIV/2018/448(MILS)138 ސިޓީގައި ބަޔާންކޮށްފައިވާ ކަންކަމާއި، ސިވިލް ކޯޓުގެ ނަންބަރު 1942/Cv-C/2020 ޤަޟިއްޔާގެ ބިން ވަކިކުރުމާ، އެކަމާ ގުޅޭ ނިންމުންތަކާ ގުޅުވައިލެވިދާނެ ގޮތެއް ސާފުވާނެ ވޤާއާއެއްނެތްކަމާއި، ގޯތީގައި ނަގާފައިވާ ގޯޅިމަގަކީ ގޯތީގެ ހުރިހާ ބެހެނިވެރިންގެ އިމުން ބައި ނަގައިގެން ނަގާފައިވާ ތަނެއްކަމުގައިވާތީ، ގޯތިތަކަށް ވަނުމާއި، އިންފާރު ރޭނުމާއި، ވެންޓިލޭޝަން ހަރުކުރުމާއި، އެއަރކޮންޑިޝަން ހަރުކުރުން ފަދަ ކަންކަމުގެ މަޞަލްޙް ތ ހަމަޖެއްސުމަށް ދައުލަތުން ޢަމަލުކުރާގޮތުގެ ސަބަބުން، އެތަނުގެ މިލްކުވެރިކަން ވަކި މީހަކަށް ސާބިތުނުވާނެކަނ

21.5. މައްސަލައިގައް ހުށަހަޅާފައިވި ކަންކަމަށް ބަލާއިރު، […] އަލުން ބައިކުރުމަށް ފައުޒިއްޔާ ޢަލީ އިންކާރުކުރާތީ، ގޯތި އަލުން ބައިކުރުމަކީ ކުރެވޭނެކަމެއް ނޫންކަން

21.6. ގޯތި ބައިކުރުމަށްފަހ ބައިކުރެވުނު ތަންތަނުގެ ޢައްޔަންކުރެވުނު މީހުންގެ މައްޗަށް އެމީހުންގެ ރުހުމެއްނެތި، އެގޯތިތަކުގެ މިންތަކަށް އަދި ގޯތި އޮތްގޮތަށް ބަދަލު ގެނައުމަށް ދަޢުވާކުރުމުގެ ހައިސިއްޔަތ ނާދިރު އިސްތިސްނާ ޙާލަތެއްގައިނޫނީ، ގޯތިން ބައި ލިބުނު އެހް ނ މީހަކަށް އޮންނާނެކަމަށް ބެލެވޭނެ ގޮތެއް ނެތްކަން

21.7. ގޯތީގެ ހުރިހާ ބެހެނިވެރިންގެ ރުހުން އޮތްނަމަ، ގޯތި އަލުން އެނޫންގޮތަށް ބައިކުރުމަކީ ކުރެވިދާނެކަމެއްކަމާއި، އެގޮތުން މުޅި ގޯތީގެ އިންތައ ބަދަލުކުރުމަށް ހުރިހާ ބެހެނިވެރިން ބޭނުންވެގެން އަދި އެކަމުގެ ރުހުން ލިބިގެން ހުށަހެޅިދާނެކަމާއި، އެގޮތުން ޤާނޫނުން ވެކިގޮތަކަށ ކުރަން ބުނެފައިވާކަމެއް ފިޔަވާ ނުވަތަ މަނާކޮށްފައިވާ ކަމެއް ފިޔަވާ އެހެން ހުރިހާ ކަމެއް ގޯތީގެ ބެހެނިވެރިންނަށް ކުރެވޭނެކަން އިސްތިއުނާފުކުރުމަށް ހުށަހެޅި ނުކުތާތައް

22ސިވިލް ކޯޓުގެ ނަންބަރު 3742-CVC-2023 ޤަޟިއްޔާގެ އިސްތިއުނާފެ މި ކޯޓުން ބަލައިގަނެފައިވަނީ މި ކޯޓުގ ނަންބަރ HC-36/RM/2024 ) 28 އޮގަސްޓް 2024( "ރަޖިސްޓްރާރގެ ނިންމުން މުރާޖަޢާކޮށް ނިމުނު ގޮތް" ގެ މައްޗަށް ބިނާކޮށެވެ.

23ސިވިލް ކޯޓުގެ ނަންބަރު 3742-CVC-2023 ޤަޟިއްޔާއެ ކޯޓުން ނިންމާފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނި ހަމަތަކާއެއްގޮތް ނުވާކަމަށް ބުނެ އެ ނިންމުން އިސްތިއުނާފުކުރުމަށް އިސްތިއުނާފުކުރ ފަރާތުން ހުށަހަޅާފައިވަނީ އަންނަނިވ 04 )ހަތަރެއް( ނުކުތާއެވެ.އެގޮތުން ހުށަހަޅާފައިވާ ނުކުތާތަކަކީ؛

23.1. […] އެވެ ކިޔާ ގޯއްޗަށް ވަނުމަށް މިހާރު އޮތް ގޯޅިމަގަކީ އާމިނަތު ޖީޒާގެ މިލްކެއްކަމުގައި ކަނޑައެޅޭނެ ޤާނޫނީ ހަމައެއް ނެތްކަމަށް ކަނޑައަޅާފައިވަނީ ދަޢުވާކުރާ ފަރާތުގްމަޞަލްޙތަށ ރިޢާޔަތްކުރުމެއްނެތިކަމުން، މި ނިންމުން ނިންމާފައިވަނީ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ )ށ( ގައި ކަނޑައަޅާފައިވާ ހަމަހަމަކަމާއެކު ޝަރީޢަތް ކުރުމުގެ އުޞޫލާއި ޚިލާފަށްކަމުގައ ބުނީ ހުށަހެޅި ނުކުތާއާއި،

23.2. ސިވިލް ކޯޓުގެ ނަންބަރު 1942/Cv-C/2020 ޤަޟިއްޔާގައ ޙުކުމްކުރި ފަނޑިޔާރަކީ މި މައްސަލަ އގައިވެސް ޙުކުމްކުރި ފަނޑިޔާރުކަމށާއި،އެހެންނަމަވެސް، މި ދެ މައްސަލައަކީ ތަފާތު ވާޤިއާތަކެއ ހިމެން ދޭ މައްސަލައަކަށްވާއިރު، މި މައްސަލައިގައި ދަޢުވާލިބޭ ޙަސީނ ސިވިލް ކޯޓުގެ ނަންބަރު 2023-CVC-3742 ޤަޟިއްޔާ އާމިނަތު ޖީޒާގެ ފަރާތުން އިސްތިއުނާފުކުރުމުން، އާމިނަތު ޖީޒާގެ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާތަކުގައި ދަށު ކޯޓުގެ ނިންމުން ބަދަލުކުރަންޖެހޭ ސަބަބެއް ނުވަތަ ދަށު ކޯޓުގެ ނިންމުމުގައި ކުށެއް ހެދިފައިވާކަމަށް ނުވަތަ ޤާނޫނ ޚިލާފުވެފައިވާކމަށް ބަޔާންކޮށްދީފައިނުވާތީ، އިސްތިއުނާފީ އޮޅިގަނޑު ގިރާކުރާ ޤާނޫނީ ބަހުސެއް މި އިސްތިއުނާފުގެ މައްސަލައިގައި އޮތްކަމަށް ނުބުލެވޭތީ، މި މައްސަލަ މި ކޯޓަށް ބަލައިގަނެވެންނެތްކަމަށް މި ކޯޓުގެ ނަންބަރ 95-CR/INDIV/2024/174 )02 ޖޫން 2024( ނިންމުމުން ރަޖިސްޓްރާރ ނިންމާފައިވެއެވެ. މި ނިންމުން މުރާޖަޢާކުރުމަށް އެދި އާމިނަތު ޖީޒާގެ ފަރާތުން ހުށަހެޅުމުން، މި ކޯޓުގެ ނަންބަރ HC-36/RM/2024 )28 އޮގަސްޓް 2024( "ރަޖިސްޓަރާރގެ ނިންމުން މުރާޖަޢާކޮށް ނިމުނު ގޮތް" އިން ރަޖިސްޓްރާރގެ ނިންމުން ބާޠިލުކޮށްފައިވެއެވެ. މި އިސްތިއުނާފަކީ، "ރަޖިސްޓްރާރގެ ނިންމުން މުރާޖަޢާކޮށް ނިމުނު ގޮތް"ގެ މައްޗަށް ބިނާކޮށް މި ކޯޓުން ބަލައިގަނެފައިވާ އިސްތިއުނާފެކެވެ. އިސްމާޢީލްގެ ވާރިޘުންގެ ބަހެއް ނެގުމެއްނެތި މައްސަލަ ނިންމާފައިވަނީ، ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ )ށ( ގެ )3 ( ގައި ބަޔާންކުރާ އުޞޫލާއި ޚިލާފަށް ވަކި ފަރާތަކަށް ޖެހިގެނ ކަމުގައް ބުނީ ހުށަހެޅި ނުކުތާއާއި،

23.3. މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 84 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ޢަމަލުނުކުރެވޭނެކަމަށާއި، އެ މާއްދާގައި ބަޔާންކޮށްފައިވަނ މައްސަލީ ހިނގަމުންދަނިކޮށް ޚަޞްމަކު ނިޔާވާ ޙާލަތުކަނ މައްސަލައިގް ޙުކުމަށް ބެލުމުން އެނގެން އޮންނައިރު، މަދަނީ އިޖުރއަތުގ ޤާނޫނުގެ 84 ވަނަ މާއްދާގެ މުޅި އިބާރާތަށް ބެލުމުންވެސް، މައްސަލަ ހުށަހެޅުމުގެ ކުރިން ދަޢުވާލިބޭ ފަރާތް ނިޔާވިނަމަވެސ އެކަން އެނގުން މައްސަލީ ހިންގި މުންދަނިކޮށ ކަމަށްވާނަމަ، އެ ޙާލަތު މި މާއްދާއިން އިސްތިސްނާކުރެވެނ ނެތްކަމަށް ދެކި ހުށަހެޅ ނުކުތާއާއި، އަދ

23.4. މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ނަންބަރ -LB/INDIV/2018/448(MISL)138 ސިޓީއަށް ބަލާއިރު، […] ދީފައިވާ ދޮރުކެނޑުމުގެ ހުއްދައާއި، […] ސަބަބުން އެތެރެބަޔަށް )މިހާރު […] ( އަށް ވަންނަން ގޯޅި ހެދުމަށްޓަކައި މިރިޔާސްމަގަށ ހުރް ދެކުނުފަރާތ އިންފާރު ތެޅުމުގެ ހުއްދައާއި، އިންފާރު ރޭނުމުގެ ހުއްދައަކީ އެކަމަށް އަދި އޭރު […] ގޯތީގެ ބެހެނިވެރިންގެ ފަރާތުން ހުށަހެޅުއްވުމުނ ގަވާއިދް އެއްގޮތަށް ދީފައިވާ ހުއްދައެއްކަމަށްވާއިރު، މި މައްސަލަ ނިންމާފައިވަނީ […] ވެރިފަރާތަށް ބިމާބެހޭ މަބްދައުތަކާއި ދިމްޤެ ރާތީ މުޖުތަމަޢުތަކުގައި ލިބިދޭ ޙައްޤުތަކަށް ރިޢާޔަތްކުރުމެއްނެތިކަމަށ ބުނީ ހުށަހެޅި ނުކުތާއެވެ.

24ފުރަތަމަ އިސްތިއުނާފީ ނުކުތާ ތަފްޞީލުކުރަމުން އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވަނީ […] ވަންނަން އޮތް ގޯޅިއެއް ހެދުމުގެ މައިގަނޑު މަޤްޞަދަކީވެސްމ. ލީވާންއަށ ވަދެވޭގޮތެއް ހެދުންކަމށާއި، އޭރުގެ ބެހެނިވެރިންގެ އިޒުނައާއެކު ގޯޅިމަގަށް ދޮރެއްލައި އެދޮރުގައި ތަޅުލައި ހެދިފައިވާކަމީ ޕްރައިވެޓްކުރެވިފައިވާކަމުގެ ހެއްކެއްކަ މަށާއި،[…] […] މި ދެ ގޯއްޗަށް ވަނުމަށް މަގަށްވާގޮތަށ ދޮރެއް ލެވިފައިވުމަކީ […] ވަދެ ނިކުތުމުގް ޙްއްޤ އާމިނަތު ޖީޒާގެ ކިބައިން ނިގުޅައިގަނނަނ ނުޖެހޭ އެއް ސަބަބކަމުގައެވެ.

25ދިމިޤްރާތީ މުޖުތަމަޢުތަކުގައި ޢަމަލުކުރެވޭގޮތްތަކުގެ އިތުރުން، މާލެ ސިޓީ ކައުންސިލްގެ ސިޓީއަށް ބަލާއިރު، ބާކީ ބެހެނިވެރިންގެ އިޒުނައާއެކު ދީފައިވާ މި ހުއްދައަކީ ޕްރައިވެޓް އީޒްމަންޓެއްކަމުގައ ބަލަންޖެހޭތީ، މި މައްސަލައިގެ މި ނިންމުން ނިންމާފައިވަނީ ޤާނޫނުއަސާސގ 42 ވަނަ މާއްދާގެ )ށ( ގައި ކަނޑައަޅާފައިވާ ހަމަހަމަކަމާއެކު ޝަރީޢަތްކުރުމުގެ އުޞޫލާއި ޚިލާފަށް ކަމުގައެވެ.

26ދެވަނަ އިސްތިއުނާފީ ނުކުތާތަފްޞީލުކުރަމުން އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވަނީސިވިލ ކޯޓުގެ ނަންބަރ 1942/Cv-C/2020 ޤަޟިއްޔާގައި ޙުކުމްކުރި ފަނޑިޔާރަކީ އިސްތިއުނާފުކޮށްފައިވާ މިމައްސަލައިގައިވެސް ޙުކުމްކުރި ފަނޑިޔާރަށްވާއިރު، ދެ މައްސަލައަކީ ތަފާތު ވާޤެ އާތަކެއ ހިމެން ދޭ މައްސަލައަށްވާއިރު، ދަޢުވާލިބޭ ޙަސީނާ އިސްމާޢީލްގެ ވާރިޘުންގެ ބަހެއްނެތި، މި މައްސަލަ ނިންމާފައިވަނީ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ )ށ( ގެ )3( ގައި ބަޔާންކުރާ އުޞޫލާއި ޚިލާފަށް ވަކި ފަރާތަކަށް ޖެހިގެން ކަމުގައެވެ.

27ތިންވަނަ އިސްތިއުނާފީ ނުކުތާ ތަފްޞީލުކުރަމުން އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވަނީމަދަނީ އިޖުރާއަތުގެ ޤާނޫނުގެ 84 ވަނަ މާއްދާގައިވާ އިބާރާތަށް ބަލާއިރު، "މައްސަލަ ހިނގަމުންދަނިކޮށް" މި ލފްޒިބޭނުންކޮށްފައިނުވާކަމަށާއ، އެހެންކަމުން، ޤާނޫނުގެ މާއްދާގެ އިބާރާތަށް ބަލާއިރު، މައްސަލަ ހުށަހެޅުމުގެ ކުރިން ދަޢުވާލިބޭ ފަރާތް ނިޔާވިނަމަވެސް، އެކަން އެނގުނީ މައްސަލަހިނގަމުންދަނިކޮށި ކަމަށްވާއިރު، އެ ޙާލަތު މި މާއްދާއިން އިސްތސްނކުރެވެނ ނެތްކަމަށް ދެކޭކަމުގައެވެ.

28ހަތަރުވަނަ އިސްތިއުނާފީ ނުކުތާތަފްޞީލުކުރަމުން އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވަނީ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންޕްރާސްޓްރަކްޗަރގެ ނަންބަރ -LB/INDIV/2018/448(MISL)138 ސިޓީއަށް ބަލާއިރު، […] ދީފައިވާ ދޮރު ކެނޑުމުގެ ހުއްދައާއި، އެ ގޯތި ބައިކުރުމުގެ ސަބަބުން އެތެރެ ބަޔަށް ވަންނަން ގޯޅި ހެދުމަށްޓަކައި މިރިޔާސްމަގަށ ހުރް ދެކުނުފަރާތް އިންފާރު ތެޅުމުގެ ހުއްދައާއި، އިންފާރު ރޭނުމުގ ހުއްދައަކީ އެކަމަށް އޭރު އެ ގޯތީގެ ބެހެނިވެރިންގެ ފަރާތުން އެދުމުން ދީފައިވާ ހުއްދައެއްކަ މަށާއި، […] ކިޔާ ގޯއްޗަށް ވަނުމަށް މިހާރު އޮތް ގޯޅިމަގަކީ، އެމަގުން ހަމައެކަނި […] ވަދެވޭގޮތަށ އޮތް ގޯޅިއެއްކަމށާއި،އެތަނަކީ އެނޫން ފަރާތަކަށް އީޒްމަންޓެއްގެ އެއްވެސް ޙް އްޤެއަ ދެވިފައިނުވ ނުވަތާ ދެވެންޖެހޭ ގޮތަށް އޮތ ތަނެއް ނޫންކަމުގައެވެ.

29ބުނެވިދިޔަ ގޯޅި ބޭނުންކުރަމުން އައީ ހަމައެކަނި […] ވަދެވޭގޮތަށްކަމަށާއި، އިތުރު ބައެއް މިތަން ބޭނުންކުރަންޖެހޭ ސަބަބެއް ނެތްކަމުގައެވެ. […] ގޯތީގެ ޙައްޤުވެރި ފަރާތް ފިޔަވައި އެހެނ އެއްވެސް ފަރާތަކަށް މި ގޯޅީގެ ޙައްޤު ދޭންޖެހޭ ސަބަބެއް ނާތްކަމުގައެވެ. އެހެންކަމުން، މ ނިންމނު ނިންމާފައިވަން މާލޭގައި ގޯތިގޯއްޗާއި ބިންބިމުގ އިނެ ވަކިކުރުމާއި އިމުގައ ނުވަތި އިމް ކައިރީގައި އިމާރާތްކޮށް ތަންތަން ހެދުމާއި މަގަށް ދޮރު ކެނޑުމާބެހޭ ޤާނޫނުގެ 1 ވަނަ މާއްދާގައި ބަޔާނކުރް ގޮތަށާ ތަން ހުރިއިރު، ބިމިބެހޭ މަބްދައުތަކާއި ދިމިޤްރާތީ މުޖުތަމަޢުތަކުގައި ލިބިދޭ ޙައްޤުތަކަށް ރޢާޔަތްކުރުމެއ ނެތް ކަމުގައެވެ.

30އިސްތިއުނާފުކުރާ ފަރާތުން އެދިފައިވަނީ ސިވިލް ކޯޓުގެ ނަންބަރު 3742-CVC-2023 ޤަޟިއްޔާގައި ބަލަންޖެހޭ އެންމެހައި ކަންތައްތަކަށް ބެލިފައިނުވާތީ، އެ ޤަޟިއްޔާގެ ޙުކުމް ބާޠިލުކޮށް އެ މައްސަލަ އަލުން ބަލައި ގޮތެއް ކަނޑައެޅުމަށް އަންގައި ޙުކުމްކޮށް މައްސަލަ ނިންމައިދިނުމަށެވެ.

އިސްތިއުނާ ފީ ނުކުތާތަކުގެ ރައްދު

31ފުރަތަމަ އިސްތިއުނާފީ ނުކުތާގެ ޖަވާބުގައިއިސްތިއުނާފ ރައްދުވު ފަރާތުން ބުނެފައިވަނީ […] އެވެކިޔާ ގޯއްޗަށް ވަނުމަށް މިހާރު އޮތް ގޯޅިމަގަކީ […] އެވަ ކިޔުނު ގޯތި ބައިކުރުމުގެ މާކުރިންވެސ އޮތް ގޯޅިގަނޑެއްކަމށާއި،އެ ގޯޅިގަނޑު އެގޮތަށް ނެގުމަށް ނިންމާފައިވަނީ މަދަނީ ކޯޓުގެ ނަންބަރ 781/MC/2001 ޤަޟިއްޔާއިންކަމށާއި، ހުށަހަޅާފައިވާ އިސްތިއުނާފުގައި ގޯޅިމަގާއ ގުޅިގެނި ބަހުސްކުރެވޭނެ ފުރުޞަތެއް ނެތްކަމުގައެވެ.

32މ ނިންމުމުގެފުހުން، […] އެވެ ކިޔުނު ބަންޑާރަ ގޯތި ފައުޒިއްޔާ ޢަލީއަށާއި، ޙަސީނ އިސްމާޢިލްއަށާއި، އާމިނަތު ޖީޒާއަށ ލިބުން ބައި އައްޔަންކުރުމަށްފަހު ސިވިލް ކޯޓުގެ ނަންބަރ 1942/Cv-C/2020 ޤަޟިއްޔާއިން ނިންމާފައިވަނީވެސް، މަދަނީ ކޯޓުގެ ނަންބަރު 781/MC/2001 ޤަޟިއްޔާގައިވާގޮތަށް ކަމުގައެވެ.

33ސިވިލް ކޯޓުގެ ނަންބަރު 1942/Cv-C/2020 ޤަޟިއްޔާގެ ޙުކުމަކީވެސް ނިހާއީ ޙުކުމަކަށްވެފައި، އާމިނަތު ޖީޒާގެ ހަމައެކަނި މިލްކެއްކަމުގައި ގޯތީގެ ހުޅަނގަށް އޮތް ގޯޅިގަނޑު ކަނޑައެޅޭނެ ކަމަކަށް ނުދެކޭކަމުގައެވެ. އެހެނީ، އެފަދައިން އެކަން ކޮށްފިނަމަ، […] އެވޯކިޔުނު ބަންޑާރަ ގްތްން ބައި ލިބުނު އެހެން ފަރާތްތަކުގެ ޙައްޤު ގެއްލޭނެތީކަމުގައެވެ. އަދި މި ގޯޅިއަކީ މުޅި ގޯތިން ބައި ލިބުނު ހުރިހާ ފަރާތްތަކުގެ ބިމުންވެސ މިންވަރެއް އުނިކުރެވިގެން ނަގާފައިވާ ގޯޅިއެއް ކަމުގައިވާތީ، މިއީ ހަމައެކަނި އާމިނަތު ޖީޒާގެ މިލްކެއްކަމުގައި ޙުކުމްކުރުމަކީ، ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ )ށ( ގައި ބުނާގޮތާ މުޅިން ޚިލާފަށް ކުރެވޭ ކަމެއް ކަމުގައެވެ.

34ދެވަނަ އިސްތިއުނާފީ ނުކުތާގެ ޖަވާބުގައިއިސްތިއުނާފ ރައްދުވު ފަރާތުން ބުނެފައިވަނީ، ޙުކުމްކުރި ފަނޑިޔާރު ވަކި ފަރާތަށް ޖެހިފައިވާކަމަށ ދައްކަން އުޅުމަކީ، މައްސަލައާ އެއްވެސް ގުޅުމެއް އޮތ ކަމެއްނޫންކަމށާއި،އަދ އެއި ފަނޑިޔާރް ދެ މައްސަލައެއްގައި ޙުކުމްކުރުމަކީ ފަނޑިޔެރާންގ ޤާނޫނުގެ 5 ވަނަ މާއްދާގެ )ށ( ގެ )3( ވަނަ ނަންބަރުގައިވާ ގޮތާ ޚިލާފަށް ޙުކުމްކުރުން ކަމުގައި ބެލެވޭނެ ޤާނޫނީ ހަމައެއްނެތްކަމުގައެވެ.

35ސިވިލް ކޯޓުގެ ނަންބަރު 1942/Cv-C/2020 ޤަޟިއްޔާ ޙުކުމްކުރުމުގައި އަދުލު އިންސާފުން އެއްކިބާވެ ޙުކުމް ކޮށްފައިވާކަމަށް ޤަބޫލުކުރެވޭނެމަ، އެ ޙުކުމް އިސްތިއުނާފު ކުރުމުގެ ފުރުޞަތު އާމިނަތު ޖީޒާއަށް އޮތްކަމަށާއި، އެފަދައިން ޢަމަލުނުކޮށް މި މައްސަލައިގެ ތެރެއިން އެ ޤަޟިއްޔާގެ މައުޟޢީއަދި އިޖުރއާ ކަންކަމާމެދު ބަހުސްކުރެވޭނެކަމަށް ނުދެކޭކަމުގައެވެ.

36މާ މައްސަލައިގައި ޙަސީނާ އިސްމާޢީލްގެ ވާރިޘުންގެ ބަހެއް ހޯދަން ޖެހޭކަމަށް ނުދެކޭކަމަށާއި، ސަބަބަކީ، ގޯތި ކަނޑައެޅުމުގައި ހުޅަނގުފަރާތުން ގޯތި ބޭއްވުމަށް ނިންމާފައިވަނީ ޙަސީނ އިސްމާޢީލްގެ ރުހުމާއިއެކު ކަމުގައިވާތީ ކަމަށެވެ. އަދި މިކަން ބިނާކުރި ސަބަބު، ސިވލ ކޯޓުގް ނަންބަރ 1942/Cv-C/2020 ޤަޟިއްޔާގެ 4 ވަނަ ޕެރެގްރާފުގައި ފާހަގަކޮށްފައި އޮތްކަމުގައެވެ.

37ތިންވަނަ އިސްތިއުނާފީ ނުކުތާގެ ޖަވާބުގައިއިސްތިއުނާފ ރައްދުވު ފަރާތުން ބުނެފައިވަނީ، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 84 ވަނަ މާއްދާއަށް ބަލާއިރު، "...މައްސަލައެއްގައި ދަޢުވާކުރި ފަރާތާ ނުވަތަ ދަޢުވާލިބޭ ފަރާތް މަރުވެއްޖެނަމަ..."، މިފަދައިން އޮންނަ އޮތުމަށް ބަލާއިރު، މި މައްސަލަ ކޯޓަށް ހުށަހަޅާފައިވިނީ ޙަސީނާ އިސްމާޢީލް ނިޔާވިފަހުން، ޙަސީނާ އިސްމާޢީލްއަށް ރައްދުވާގޮތަށްކަމަށާއި، ދުނިޔޭގައި ނެތް މީހަކަށް ރައްދުވާގޮތަށް ދަޢުވާ ހުށަހަޅައިގެން، އެ މީހަކު ޚަޞްމެއް ގޮތުގައި ބަލައިގނަ މައްސަލަ ކުރިއަށް ގެންދެވޭނެ ޤާނޫނީ ހަމައެއް ނެތްކަމަށާއި،އެހެންކަމުން، ސިވިލް ކޯޓުނ މައްސަލަ ނިންމާފައިވަނީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 84 ވަނަ މާއްދާއާ ޚިލާފަށް ނޫންކަމުގައެވެ.

38ހަތަރުވަނަ އިސްތިއުނާފީ ނުކުތާގެ ޖަވާބުގައި އިސްތިއުނާފު ރައްދުވާ ފަރާތުން ބުނެފައިވަނީ،މި ނުކުތާގައި އިސްތިއުނާފުކުރާ ފަރާތުން ޙަވާލާދޭ ސިޓީއަކަ ގޯތީގެ ބެހެނިވެރިއަކު ފޮނުވާފައިވާ ސިޓީއެއްގެ ޖަވާބުކަމށާއި، އެ ޖަވާބުންވެސ އެނގެން އެއިރު ހުއްދަދިނީ ބެހެނިވެރިން އެދިގެންކަމށާއަ،ކުރިން […] އިބްރާހީމް އިސްމާޢީލްއާއި، އާދަމް އިސްމާޢީލްއާއި، ޙަސީނާ އިސްމާޢީލްގެ ނަމުގައި ރަޖިސްޓަރީކުރެވިފައިވާ ގޯއްޗެއްކަމށާއި،[…] ގޯތްގީ ބިން ބައިކުރުމުގެ ކުރިން ބެހެނިވެރިން އެދިގެން، ގޯތީގެ ހުޅަނގު ފަރާތު މަގުމައްޗަށްވާގޮތަށ ދޮރެއް ކަނޑައި އިންފާރު ރޭނުމުގެ ހުއްދައަކީ ގަވާއިދާއި އެއްގޮތަށް ދީފައިވާ ހުއްދައެއްކަން އެނގޭކަމށާއ، އަދި ގޯޅި މަގު ނަގާފައިވަނީ ގޯޅީގެ މިނުގެ ތެރެއިންކަން މަދަނީ ކޯޓުގެ ނަންބަރު 781/MC/2001 ޤަޟިއްޔާގައި ބަޔާންކޮށްފައިވާކަން އިސްތިއުނާފުކުރެވޭ ޤަޟިއްޔާގެ 25 ވަނަ ނަންބަރަށް ބެލުމުން އެނގޭކަމުގައެވެ. ވީމާ، މިނިސްޓްރީއަކުން ދޮރެއް ކެނޑުމަށް ހުއްދައެއް ދީފައި އޮތޮމަކީ، އެ ބިމުގައި މަޞްލަޙަތ ހިމެނު ފަރާތްތަކުގެ ޙައްޤު ގެއްލޭ ގޮތަށް ޢަމަލުކުރުމަށް ދެވޭ ހުއްދައެއް ކަމުގައި ބެލެވޭ ޤާނޫނީ ހަމައެއް ނެތްކަމުގައެވެ.

39[…] ވަނުމަށް ބޭނުންކުރަންޖެހެނީ، ފައުޒިއްޔާ ޢަލީއާއި ޙަސީނާ އިސްމާޢީލްއަށްވެސް ޙައްޤުވާ ބައިން އުނިކުރެވިގެން ނަގާފައިވާ ގޯޅިގަނޑަކުން ކަމަށްވާއިރު ޙައްޤުނޫންގުތްށް ބާރު ބޭނުންކޮށްގެން […] ވަނުމަށް އެކަން އެ ގޯޅި ބޭނުންކުރުމަކީ، އާމިނަތު ޖީޒާއަށ ޤާނޫނީގޮތުން މިލްކުވެރިކަން ލިބުން ކަމުގައި ބެލެވޭނެ ޤާނޫނީ ހަމައެއް ނެތްކަމުގައެވެ.

40އިތުރު ކަމެއްގެ ގޮތުގައި އިސްތިއުނާފު ރައްދުވާ ފަރާތުން ފާހަގަކޮށްފައިވަނީ،އާމިނަތު ޖީޒާގެ ފަރާތުން ހުޅަނގު ފަރާތުގެ ގޯޅީގެ ދަޢުވާ ސިވިލް ކޯޓަށް ހުށަހަޅައިގެން ކުރިއަށް ގެންދާ މައިގަނޑު އެއާ ސަބަބަކީ، […] ފައުޒިއްޔާ ޢަލީއަށް ލިބިފައިވާ ބައި މިއަދާއި ހަމައަށް ބޭނުންކުރަމުންދާތީ، އެކަމުގައި ޝަރީޢަތް މެދުވެރިކޮށް ނާޖާއިޒު ފައިދާ ހޯދުމަށްކަމަށް ބެލެވޭކަމްށާއި، އެހެނީ، ހުޅަނގު ފަރާތުން ވަކިކޮށްފައިވާ ގޯޅިގަނޑު އެންމެ ފުރަތަމަވެސް ވަކިކޮށްފައިވާ ގޮތަށް ބޭއްވުމަށް ނިންމާފައިވާ ސިވިލް ކޯޓުގެ ނަންބަރ 1942/Cv-C/2020 ޤަޟިއްޔާގެ ޙުކުމް އިސްތިއުނާފުކުރުމެއްނެތި، އޭގެ އެތަކެއް ދުވަހެއް ފަހުން އެހެން ދަޢެވާތައ ހުށަހަޅައިގެން މައްސަލައިގެ ޙުކުމް ބަދަލުކުރުމަށް މަސައްކަތްކުރަމުންދާތީކަމާއި، މިއީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 421 ވަނަ މާއްދާގެ )ށ( ގައި ބަޔާންކޮށްފައިވާ ޝަރީޢަތުގެ ނިޒާމު ނަހަމަގޮތުގައި ބޭނުންކުރުން ކަމުގައިވާތީ އެ މާއްދާގެ ކޯޓަށް ފިޔަވަޅު އެޅިދާނެ ޙާލަތެއްކަމގައެވެ.

41އިސްތިއުނާފު ރައްދުވާ ފަރާތުން އެދިފައިވަނީއިސްތިއުނާފުކުރާ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވ މި ޤަޟިއްޔާއަކީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 421 ވަނަ މާއްދާގެ ދަށުން ޝަރީޢތުގަ ނިޒާމްގެ ބޭނުން ނަހަމަގޮތުގައި ބޭނުންހިފުމަށް ހުށަހަޅާފައިވާ އިސްތިއުނާފެއްކަމަށާއި، ސިވިލް ކޯޓުގެ ނަންބަރ 1942/Cv-C/2020 ޤަޟިއްޔާގެ ޙުކުމް އިސްތިއުނާފުނުކޮށް އެ ޙުކުމުގައި ނިންމާފައިވާ ނިންމުން ބަދަލުކުރުމަށް ކުރަމުންދާ މަސައްކަތެއްކަމަށާއި، އަދ […] ލިބިފައިވާ ޙައްޤުން މަޙްރޫމްކުރުމަށް ހުށަހަޅާ ދަޢުވާތަކެއްކަމުގައިވާތީ އާއި، އަދި ސިވިލް ކޯޓުގެ ނަންބަރ 3742-CVC-2023 ޤަޟިއްޔާއިން ކަނޑައަޅާފައިވާ ޙުކުމަށް ބަދަލެއް ގެންނަންޖެހޭ ޝަރުޢީ އަދި ޤާނޫނީ ސަބަބެއް ނެތްކަމަށް ކަނޑައަޅައިދިނުމަށެވެ.

ޝަރީޢަތަށް ފާހަގަކުރެވުނު ކަންތައްތައް

42އާމިނަތު ޖީޒާގެ ފަރާތުން ކުޅަ އިސްތިއުނާފުގެ އަލީގައި، ޝަރީޢަތުން ގޮތެއު ކަނޑައަޅަންޖެހެނީ މައިގަނޑު 03 )ތިނެއް( ކަމަކަށެވެ.

42.1. ފުރަތަމަ ކަމަކީ، އިސްތިއުނާފުކުރަ ފަރާތުގާ ފުރަތަމަނުކުތާއާއި، ހަތަރުވަނަ ނުކުތާގެ އަލީގައި،[…] އެވެ ކިޔާ ގޯއްޗަށް ވަނުމަށް މިހާރު އޮތް ގޯޅިމަގަކީ އާމިނަތު ޖީޒާގެ މިލްކެއްކަމުގައި ކަނޑައެޅޭނެ ޤާނޫނީ ހަމައެއްނެތްކަމަށް ސިވިލް ކޯޓުން ކަނޑައަޅާފައިވަނީ ޤާނޫނއަސާސީގ 42 ވަނަ މާއްދާގެ )ށ( އާ ޚިލާފަށް، އަދިބިމާބެހޭ މަބްދައުތަކާއި ދިމިޤްރާތީ މުޖުތަމަޢުތަކުގައި ލިބިދޭ ޙައްޤުތަކަށްރިޢާޔަތްކުރުމެއްނެތިތ މިކަމުގެ މައްޗަށް ގޮތެއް ކަނޑައެޅުމެވެ.

42.2. ދެވަނަ ކަމަ ކ،އިސްތިއުނާފުކުރ ފަރާތުގާ ދެވަނަ ނުކުތާއާއި، ތިންވަނަ ނުކުތާގެ އަލީގައި، މި މައްސަލަ ނިންމާފައިވަނީ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ )ށ( ގެ )3( ވަނަ ނަންބަރ ޚިލާފަށްތޯއާއި، އަދި މިއީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 84 ވަނަ މާއްދާ ތަޠުބީޤުކުރެވޭނެ މައްސަލައެއްތޯ، މިކަމުގެ މައްޗަށް ގޮތެއް ކަނޑައެޅުމެވެ.

42.3. ތިންވަނަ ކަމަކީ، އިސްތިއުނާފު ރައްދުވާ ފަރާތުން ހުށަހަޅާފައިވާ ފަދައިން، މި އިސްތިއުނާފުގެ މައްޗަށް މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 421 ވަނަ މާއްދާ ތަޠުބީޤުކުރެވނެތ ނުވަތަ ނޫންތޯ ކަނޑައެޅުމެވެ. މި މައްސަލަ ނިންމާފައިވަނީ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ )ށ( އާ ޚިލާފަށް، ބިމާބެހޭ މަބްދައުތަކާއި ދިމިޤްރާތީ މުޖުތަމަޢުތަކުގައި ލިބިދޭ ޙައްޤުތަކަށް ރިޢާޔަތްކުރުމެއްނެތިތ

43ފުރަތަމަ އިސްތިއުނާފީ ނުކުތާއާއި، ހަތަރުވަނަ އިސްތިއުނާފީ ނުކުތާގައި އާމިނަތު ޖީޒާގެ ފަރާތުން ޖަދަލުކޮށްފައިވަނީ،[…] އެވެ ކިޔާ ގޯއްޗަށް ވަނުމަށް މިހާރު އޮތް ގޯޅިމަގަކީ އާމިނަތު ޖީޒާގ މިލްކެއްކަމުގައި ކަނޑައެޅޭނެ ޤާނޫނީ ހަމައެއްނެތްކަމަށް ސިވިލް ކޯޓުނެނިންމާފައިވާ ނިންމުމެވެ. މިގޮތުން މި ނިންމުމަކީ، ޤާނޫނުއަސާސީގެ 42 ވޭނ މާއްދާގަ )ށ( އާ ޚިލާފަށް، އަދި ބިމާބެހޭ މަބްދައުތަކާއި ދިމިޤްރާތީ މުޖުތަމަޢުތަކުގައި ލިބިދޭ ޙައްޤުތަކަށް ރިޢާޔަތްކުރުމެއްނެތިނިންމާފައިވާ ނިންމުމެއްކަމުގައަ އާމނި ތ ޖީޒާގެ ފަރާތުން ބުނެއެވެ.

44މިކަމުގައި އާމިނަތު ޖީޒާގެ ފަރާތުން މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗުރގ ނަންބަރ -LB/INDIV/2018/448(MISL)138 )22 އޮކްޓޫބަރު 2018( ސިޓީއަށް ޙަވާލާދެއެވެ. މި ސިޓީއަކީ އާމިނަތު ޖީޒާގެ ފަރާތުން ހުށަހަޅާފައިވާ ސިޓީއެއްގެ ޖަވާބެވެ. މ ސިޓީގައިވަނީ […] ދީފައިވާ ދޮރުކެނޑުމުގެ ހުއްދަ )ގޯތި ބައިކޮށް ނެގުނު ގޯޅީގެ މަގުމައްޗަށްވީ ކޮޅުގައި( އާއި، […] ބައިކެރުމުގެ ސަބަބުން އެތެރެ ބަޔަށް )މިހާރު […] ( ވަންނަން ގޯޅި ހެދުމަށްޓަކައި މިރިޔާސްމަގަށ ހުރް ދެކުނުފަރާތް އިންފާރު ތެޅުމުގ ހުއްދައާއި، އިންފާރު ރޭނުމުގެ ހުއްދައަކީ، އެކަމަށް އެދި އޭރު […] ގޯތީގެ ބެހެނިވެރިންގެ ފަރާތުން ހުށަހެޅުމުން ގަވާއިދާއި އެއްގޮތަށް ދީފައިވާ ހުއްދައެއް ކަމުގައެވެ.

45މ ސިޓީއާ ޙަވާލާދީ، އާމިނަތު ޖީޒާގެ ފަރާތުން ބުނެފައިވަނީ، މި ހުއްދައިގެ ދަށުން […] އެވެ ކިޔާ ގޯއްޗަށް ވަނުމަށް މިހާރު އޮތް ގޯޅިމަގަކީ އެމަގުން ހަމައެކަނި […] ވަދެވޭގޮތަށ އެގޯޅ ތެރޭގައި އެހެން އެއްވެސް ބަޔެއްގެ އިމަކަށް ވަދެވޭގޮތަށ ދޮރެއް ނުވަތް އެނޫންވެސް އީޒްމަންޓެއްގެ އެއްވެސް ޙައްޤެއް ދެވިފައިވާ ނުވަތަ ދެވެންޖެހޭ ގޮތަށް އޮތް ތަނެއްނޫންކަމުގައެވެ.

46HN1މި ސިޓީއަކީ، ގޯތި ބައިކުރުމަށް އެދި ފައުޒިއްޔާ ޢަލީގެ ފަރާތުން ސިވިލް ކޯޓަށް އެ ކޯޓުގެ ނަންބަރު 1942/Cv-C/2020 ޤަޟިއްޔާ ހުށަހެޅިއިރުވެސް ވުޖޫދުގައި އޮތް ސިޓީއެކެވެ. އިސްތިއުނާފުކުރެވިފައިމިވ ޤަޟިއްޔާއަކީ، ސިވިލް ކޯޓުގެ ނަންބަރ 1942/Cv-C/2020 ޤަޟިއްޔާގެ ނިންމުމަށް ބިނާކޮށް ހުށަހަޅާފައިވާ މައްސަލައަކަށްވާއިރު، […] ކިޔާ ބަންޑާރަ ގޯތި މަދަނީ ކޯޓުގެ ނަންބަރ 781/MC/2001 ޤަޟިއްޔާއިން 03 )ތިނެއް( ބަޔަށް ގޯތި ބައިކުރެވުނުއިރު، އެންމެ އެތެރެ ބަޔަށް ވަދެވޭގޮތަށް ގޯޅިމަގެއް ނަގާފައިވެއެވެ. މި ގޯޅިމަގު ނަގާފައިވަނީ ގޯތީގެ އިމުގްތެރެއިން، ކޮންމެ ބެހެނިވެރޯޔަކަށި މުޅި ގތޮ އެކުގައި ބައިކުރުމުން ޖެހޭ ބައިން ވަކި މިންވަރެއް އުނިކޮށެވެ.

47މި ބައިތައް އިތުރު ބަޔަކަށް މިލްކުވެގެން އައިނަމަވެސް،މަދަނީ ކޯޓުގެ ނަންބަރު 781/MC/2001 ޤަޟިއްޔާއިން ނެގިފައިވާ ގޯޅިމަގަށް ލިބިދީފައިވާ ހައިސިއްޔަތު ދެމިއޮންނާނެއެވެ. އެއީ ބިން ވާރުތަވާގޮތެއްގެ މަތިން، އަދ މިލްކުވާގޮތެއްގެ މައްޗަށް ނަޤުލވ ނ ހައިސިއްޔަތެއްވެސްމެއެވެ.

48ސިވިލް ކޯޓުގެ ނަންބަރު 3742-CVC-2023 ޤަޟިއްޔާގައި އެދިފައިވާ ފަދައިން، އެ ކޯޓުގެ ނަންބަރ 1942/Cv-C/2020 ޤަޟިއްޔާގައިވެސް، ގޯތީގެ އިރުމަތިން ގޯޅިމަގެއް ނެގުމަށްފަހު ތިގ 03 )ތިނެއް( ބަޔަކަށް، ބޔެއްގައަ 222.83 )ދުއިސައްތަ ބާވީސް ޕޮއިންޓް އަށެއް ތިނެއް( އަކަފޫޓު ހުންނާނެގޮތަށ ބައިކުރުމަށް އާމް ނ ތ ޖީޒާގެ ފަރާތުން އެދުނެވެ. މިކަމަށް 1942/Cv-C/2020 ޤަޟިއްޔާގައިވެސް ފައުޒިއްޔާ ޢަލީގެ ފަރާތުން އިންކާރުކޮށްފައިވެއެވެ. އާމިނަތު ޖީޒާގެ މި ހުށަހެޅުމަށް ގޮތެއް ނިންމުމަށްޓަކައި، ގޯތީގެ މަންފާ ގޯތީގެ ހުރިހާ ބެހެނިވެރެންނަށް އެންމެ ބޮޑަށް ކުރާނެ ގޮތަކީ ކޮބައިތޯ ބަލައި، ގޯޅި މެގްއް ނަގައިފިނަމަ ގޯތީގެ އިމުގެ ތެރެއިން ބައެއް އުނިވާއިރު، އެފަދައިން އުނިވާ އުނިވުމަކީ ކޮންމެ ބެހެނިވެރިއެއްގެ ބައިންވެސ ވަކި މިންވަރެއްގެ އަކަފޫޓު އުނިވާނެ ކަމެއްކަމުގައިވެފައި، ގޯޅިމަގު ނުނެގިނަމަވެސް، ގޯއްޗަށް ވަދެ ނުކުމެވޭ ގޮތެއް އޮތްކަމުގައި ސިވިލް ކޯޓުގެ ނަންބަރު 1942/Cv-C/2020 ޤަޟިއްޔާގައި ނިންމާފައިވެއެވެ. މި ނިންމުމަކީ އިސްތިއުނާފުކުރެވިފައިނުވާ ނިހާއީ ނިންމުމެއްކަން ޚަޞްމުންގެ ބަހުން އެނގެއެވެ.

49ސިވިލް ކޯޓުގެ ނަންބަރު 3742-CVC-2023 ޤަޟިއްޔާއިން އާމިނަތު ޖީޒާ އެދިފައިވަނީ އެ ކޯޓުގު ނަންބަރ 1942/Cv-C/2020 ޤަޟިއްޔާގައި އެދި އަދި އެ ޤަޟިއްޔާގައި ފައިސަލާކުރެވިފައިވާ ކަމެއްގެ މައްޗަށް ނިންމުމެއް ނިންމުންކަމުގައިވާއިރު، މި ނިންމުމަކީ ބަދަލުކުރެވިދާނެ ނިންމުމެއްތޯ ބަލާއިރު، މިއަށް ތަޠުބީޤުކުރަންޖެހޭނީ ރެސް ޖުޑިކާޓާގެ މަބްދައު ބިނާވެފައިވާ އިޝޫ އެސްޓޮޕަލްގެ އުޞޫލެވެ.

50HN2ރެސް ޖުޑިކާޓާއަކީ އެކި އަސްލުން ޤާއިމުވެފައިވާ ޤާނޫނީ އުޞޫލުތަކަށް ޖުމްލަކޮށް ޙަވާލާދޭ އިބާރާތެކެވެ. ރެސް ޖުޑިކާޓާގެ މައިގަނޑު މާނައަކީ އިޚްތިޞާޞް ލިބިފައިވާ ކޯޓަކުން ނުވަތަ ޓްރައިބިއުނަލަކުން ވަކް ފަރާތްތަކެއް ހިމެނޭ ވަކި ކަމެއް )ނުވަތަ ކަންތަކެއް( ގެ މައެޗަށ ނިޔާއެއް ކަނޑައަޅައިފިނަމަ، އެ ނިންމުމަކީ، އިސްތިއުނާފު މަރުޙަލާގެ ތެރެއިން އެކަމާމެދު ދަޢުވާ ކުރުމުގެ ބޭރުން، އެ ފަރާތްތަކުން އެ ނިޔާ ކަނޑައެޅި ކަމަކާ )ނުވަތަ ކަންތައްތަކާއި( ގުޅިގެން، އެ ފަރާތްތަކުގެ މެދުގައި އަލުން ދަޢުވާ ކުރެވޭނެ ކަމެއް ނޫނިކަމުގއ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2023/SC-A/03 ބަނީ ހޯލްޑިންގްސް )ބީ.ވީ.އައި( ލިމިޓެޑް ވ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ ޤަޟިއްޔާގައި ކަނޑައަޅާފައިވެއެވެ.

51HN3މ މަފްހޫމްގެ ތެރެއިން، އިޝޫ އެސްޓޮޕަލްގެ އުޞޫލު މި ޤަޟިއްޔާގައި ތަފްޞީލުކޮށްފައިވާގޮތަށ ބަލާއިރު، މި އުޞޫލު ތޭޠ ބީޤު ކުރެވޭނީ، މައްސަލައެއްގެ މުހިންމު ބައެއްގެ ގޮތުގައި ހިމެނޭ ސިވިލް ކޯޓުގެ ނަންބަރު 1942/Cv-C/2020 ޤަޟިއްޔާގެ "ޝަރީޢަތް ނިމުނުގޮތް" ގ 4 ވަނަ ޕެރެގްރާފް މި ޤަޟިއްޔާއާ ގުޅިގެން 22 ޖުލައި 2025 ގައި މިކޯޓުގައި ބޭއްވުނު ޝަރީޢަތުގެ މަޖިލީހުގައި އިސްތިއުނާފުކުރާ ފަރާތާއި އިސްތިއުނާފު ރައްދުވާ ފަރާތުން ދެއްކި ވާހަކަތަކުން މިކަން އެނގެއެވެ. ނުކުތާއެއް، އެ ނުކުތާ ހިމެނޭގޮތުން ނުވަތަ އެ މައްޗަށް ބިނާކޮށް ދަޢުވާއެއް ކުރެވި، އެ ނުކުތާއާމެދު ނިންމުމެއް ނިންމާފައިވާނަމަ، އެ ދަޢުވާގައި ހިމެނުނު ފަރާތްތަކުގެ މެދުގައި އުފުލޭ އެހެނ ދަޢުވާއެއްގައި، އެ )ކުރިން ގޮތް ކަނޑައެޅުނު( ނުކުތާއަކީ އެ މައްސަލައް ގުޅޭ ނުކުތާއެއް ކަމުގައި ދެކިގެން، އެ ނުކުތާއާމެދު އަލުން ގޮތެއް ކަނޑައެޅުމަށް ހުށަހަޅާފައިވާނަމަ، އިޝޫ އެސްޓޮޕަލް މެދުވެރިކޮށް، އެ )ކުރިން ގޮތް ކަނޑައެޅުނު( ނުކުތާއާމެދު އަލުން ގޮތް ކަނޑައެޅުން ހުއްޓުވުމަށެވެ.

52މ ޤަޟިއްޔާގައި މިކަން ތަފްޞީލުކުރެވިފައިވާގޮތުން،މައްސަލައެއްގެ މައްޗަށް އިޝޫ އެސްޓޮޕަލް ޤާއިމުކުރަނީ އަންނަނިވި ކަންކަން ފުރިހަމަވާނަމައެވ.

52.1. ހުށަހަޅާފައިވް ނުކުތާއަކާ )އެ މަރުޙަލާގައި( އެ ނުކުތާގެ މައްޗަށް ކުރިން ނިންމުމެއް ނިންމާފައިވާ ނުކުތާއެއް ކަމުގައިވުން؛

52.2. ހުށަހަޅާފައިވް އާ ނުކުތާގެ މައްޗަށް )އެ މަރުޙަލާގައި( ކުރިން ނިންމުމެއް ނިންމާފައިވާނަމަ، އެ ނިންމުމެއް ނިހާއީ ނިންމުމަކަށް ވެފައިވުން؛

52.3. އ ނުކުތާގެ މައްޗަށް ކުރިން ނިންމުމެއް ނިންމާފައިވާ މައްސަލައިގައާއި، ފަހުން ހުށަހަޅާފައިވާ މައްސަލައިގައި ހިމެނެނީ އެއް ފަރާތްތަކެއް ކަމުގައިވުން.

53ބަޔާނވެދިޔް ކަންކަން މި މައްސަލައިގައި ފުރިހަމަވޭތޯ ބަލާއިރު، އާމިނަތު ޖީޒާގެ ފަރާތުން ގޯތީގެ އިރުމަތިން ގޯޅިމަގެއް ނެގުމަށްފަހު ގތޮ 03 )ތިނެއް( ބަޔަކަށް، ބޔެއްގައަ 222.83 )ދުއިސައްތަ ބާވީސް ޕޮއިންޓް އަށެއް ތިނެއް( އަކަފޫޓު ހުންނާނެގޮތަށް ބައިކުރުމަށް ސިވިލް ކޯޓުގެ ނަންބަރ 1942/Cv-C/2020 ޤަޟިއްޔާގައި އެދި، އޭގެ މައްޗަށް ނިންމުމެއް ނިންމާފައިވާކަން އެނގެއެވެ. އެއީ އިސްތިއުނާފުކުރެވިފައިވާ ނިންމުމަކަށް ނުވާތީ، އެއީ ފައިޞަލާކުރެވި ޤަޟާއީ ޙުއްޖިއްޔަތު ލިބިފައިވާ ނިންމުމެއްކަން އެނގެއެވެ. މީގެ އިތުރުން، ސިވިލް ކޯޓުގެ ނަންބަރު ސިވިލް ކޯޓުގެ ނަންބަރު 1942/Cv-C/2020 ޤަޟިއްޔާގެ " ޝަރީޢަތް ނިމުނގޮތު" ގ 4 ވަނަ ޕެރެގްރާފް 1942/Cv-C/2020 ޤަޟިއްޔާއާއި، އެ ކޯޓުގެ ނަންބަރު 3742-CVC-2023 ޤަޟިއްޔާގައި ހިމެނެނީ އެއް ފަރާތްތަކެއްކަމީވެސ ދެބަސްވުމެއް އޮތް ކަމެއްނޫނެވެ.

54މި ޙަޤީޤަތްތަކުން، މިއީ އިޝޫ އެސްޓޮޕަލް ޤާއިމުކުރުމުގައި ފުރިހަމަވާންޖެހޭ އެންމެހާ ކަންކަން ފުރިހަމަވާ މައްސަލައެއްކަމުން، މި ނުކުތާގެ މައްޗަށް ގޮތެއް ނިންމޭނެކަމުގައި ނުދެކެމެވެ.

55HN4ބިމާގުޅޭ މައްސަލަތަކުގައި، ބަދަލުވެފައިވާ ޙާލަތުގެ ސަބަބުން، ރެސް ޖުޑިކާޓާގެ އުޞޫލުތައް އިސްތިސްނާ ކުރެވިދާނެފަދަ ޙާލަތެއް އުފަންވުމުގެ އިހުތިމާލު އޮވެދާނެއެވެ. މި އުޞޫލު އިސްތިސްނާކުރުމަށް ދައްކަންޖެހޭނީ ބަދަލުވެފައިވާ ޙާލަތެވެ.

56މ މައްސަލައިގައި މިއަށް އިސްތިސްނާ ދެވިދާނެފަދަ ޙާލަތެއް މެދުވެރިވެފައިވާކަމަކަށް އާމިނަތ ޖީޒާގެ ފަރާތުން ބުނެދީފިއިނުވާއިރު، ގޯތީގެ މިންތަކަށް އަދި ގޯތި އޮތްގޮތަށް ބަދަލު ނުގެނެވޭނެކަމަށް ނިންމި ނިންމުން މުރާޖަޢާކޮށް، މިއާމެދު މިނޫން ގޮތެއް ކަނޑައެޅޭނެކަމުގައި ނުދެކެމެވެ.

57[…] ކިޔާ ގޯއްޗަށް ވަނުމަށް މިހާރު އޮތް ގޯޅިމަގަކީ އާމިނަތު ޖީޒާގެ މިލްކެއްކަމުގައި ކަނޑައެޅޭނެ ޤާނޫނެ ހަމައެއް ނެތްކަމަށް ސިވިލް ކޯޓުން ނިންމާފައިވަނީ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ )ށ( އާއި ޚިލާފަށް އަދި ބިމާބެހޭ މަބްދައުތަކާއި ދިމިޤްރާތީ މުޖުތަމަޢުތަކުގައި ލިބިދޭ ޙައްޤުތަކަށް ރިޢާޔަތްނުކޮށްކަމުގައި އާމިނަތު ޖީޒގެ ފަރާތުނ ބުނެފައިވެއެވެ. ޤާނޫނުއަސާސީގެ 42 ވަނީ މާއްދާގަ )ށ( އަކީދިވެހިރާއްޖޭގައ ހިންގި އެންމެހާ ޝަރީޢަތްތައް ހިންގަންވާނީ ޢަދުލުވެރިކަމާއެކު، ވަކި ފަރާތަކަށްނުޖެހި، ހާމަކަމާއެކު ކަމުގައި ބަޔާންކުރާ މާއްދާއެވެ.

58[…] އެވެ ކްޔާ ގޯއްޗަށް ވަނުމަށް މިހާރު އޮތް ގޯޅިމަގަކީ އާމިނަތު ޖީޒާގެ މިލްކެއްކަމުގައި ކަނޑައެޅޭނެ ޤާނޫނެ ހަމައެއް ނެތްކަން ސިވިލް ކޯޓުން ކަނޑައަޅާފައިވާ އަސާސީ މި ނިންމުމުގެ 21 ވަނަ ނުކުތާގައި ބަޔާންކުރެވިއްޖެއެވެ. މި ނިންމުމަށް ވާސިލުވުމުގައި، އަދި މި ނިންމުން ނިންމުމުގައި ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ )ށ( އާ ޚިލާފުވެފައިވާގޮތެއް އަދި ޚިލާފުވެފައިވާކަމަށް ދެކޭ ސަބަބެއް އާމިނަތު ޖީޒާގެ ފަރާތުން ބުނެދީފައެއްނުވެއެވެ.

59މީގެ އިތުރުން، ބިމްބެހާ މަބްދައުތަކާއި ދިމިޤްރާތީ މުޖުތަމަޢުތަކުގައި ލިބިދޭ ޙައްޤުތަކަށް ރިޢާޔަތްކޮށްފައިނުވާކަމަށް އާމިނަތު ޖީޒާގެ ފަރާތުން ބުނެފައިވާއިރު، މިކަމުގައި އިތުރު އެއްވެސ ތަފްޞީލެއް ދީފައެއްނުވެއެވެ. ދަށު ކޯޓުގެ ފަނޑިޔާރު ރިޢާޔަތްކޮށްފައިނުވަނީ ބިމާބެހޭ ކޮން މަބދައުއަކަށްކަމެއް، އަދި ދިމިޤްރާތީ މުޖުތަމަޢުތަކުގައި ލިބިދޭ ކޮން ޙައްޤަކަށްކަމެއް އާމިނަތު ޖީޒާގ ފަރާތުން އެއްވެސް މިންވަރަކަށް ބުނެދީފައެއްނުވެއެވެ.

60HN5ދަށު ކޯޓުތަކާއި ޓްރައިބިއުލްތަކުގެ ނިންމުން އިސްތިއުނާފުކުރެވޭ ޙާލަތްތައް ނުވަތަ އިސްތިއުނާފުގެ އޮޅިގަނޑު، ޤާނޫނު ނަންބަރ 2010/22 )ދިވެހިރާއްޖޭގު ކޯޓުތަކުގެ ޤާނޫނ( )މީގެ ފަހުން "ދިވެހިރާއްޖޭގ ކޯޓުތަކުގެ ޤާނޫނު"(ގ 43 ވަން މާއްދާގައި ބަޔާންކުރެއެވެ. އޭގެ މައިގަނޑު އެއް ބިނާއަކީ،އިސްތިއުނާފުކުރެވޭ ނިންމުން ބިނާކޮށްފައިވަނީ ޤާނޫނާ ޚިލާފަށޭކަމަށްޤަބޫލުކުރެވ ސަބަބުތައް ހުރުމާއި، ނުވަތަ ޤާނޫނު ތަޠުބީޤުކުރުމުގައި ނުވަތަ ޤާނޫނު މާނަކުރުމުގައި ކުށެއް ހެދިފައިވާކަމަށް ޤަބޫލުކުރެވޭ ސަބަބުތައް ހުރުމެވެ.

61ދަށު ކޯޓުން ނިންމި ނިންމުން ބަޔާންކޮށް، އެ ނިންމުން ތަޢާރުޒުވާކަމަށ ބުން ހަމައެކަނި މާއްދާއަކަށް ޙަވާލާދޭ ދިނުމަކުން، ނުވަތަ ޙައްޤަކަށް ރިޢާޔަތްކޮށްފައިނުވާކަމަށް ބުނާ ބުނުމަކުން،އިސްތިއުނާފުކުރާ ފަރާތުން އިސްތިއުނާފުގެ އޮޅިގަނޑު ގިރާކުރުމަށ އޮތް ޤާނޫން ޒިންމާ އަދާކުރެވުނީކަމުގައ ނުބެލެވޭނެއެވެ. ޤާނޫނީ ނައްސަކާ ޚިލާފުވާކަމަށް އިސްތިއުނާފުގައި ދެކޭނަމަ، އިސްތިއުނާފީ އޮޅިގަނޑު ގިރާކުރުމުގެ ބޭނުމަށް، އެ ޤާނޫނީ ނައްސަކާ ޚިލާފުވާގޮތެއް ބަޔާންކޮށްދޭންޖެހޭނެއެވެ.

62މ ސަބަބުތަކަށްޓަކައި،[…] އެވެ ކިޔާ ގޯއްޗަށް ވަނުމަށް މިހާރު އޮތް ގޯޅިމަގަކީ އާމިނަތު ޖީޒާގެ މިލްކެއްކަމުގައި ކަނޑައެޅޭނެ ޤާނޫނީ ހަމައެއްނެތްކަމަށް ސިވިލް ކޯޓުން ކަނޑައަޅާފައިވަނީ ޤާނޫނއަސާސީގު 42 ވަން މާއްދާގަ )ށ( އާ ޚިލާފަށްކަމަށާއި، އަދި ބިމާބެހޭ މަބްދައުތަކާއި ދިމިޤްރާތީ މުޖުތަމަޢުތަކުގައި ލިބިދޭ ޙައްޤުތަކަށް ރިޢާޔަތްކުރުމެއްނެތި ކަމުގައި ބެލެވޭނެ ޤަނޫނީ އަސާސެއް އޮތްކަމަކަށް ނުދެކެމެވެ. މި މައްސަލަ ނިންމާފައިވަނީ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ )ށ( ގެ )3( ވަނަ ނަންބަރާ ޚިލާފަށްތޯއާއި، އަދި މިއީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 84 ވަނަ މާއްދާ ތަޠުބީޤުކުރެވޭނެ މައްސަލައެއްތޯ

63ދެވަނަ އިސްތިއުނާފީ ނުކުތާއާއި، ތިންވަނަ އިސްތިއުނާފީ ނުކުތާގައި އާމިނަތު ޖީޒާގެ ފަރާތުން ޖަދަލުކޮށްފައިވަނީ ދަޢުވާލިބޭ ފަރާތެއްގެ ގޮތުގައި އަލްމަރްޙޫމާ ޙަސީނާ އިސްމާޢީލް ހިމެނުމުން، ދަޢުވާއިން އަލްމަރްޙޫމާ ޙަސީނާ އިސްމާޢީލް ތަޚައްރުޖުކުރުމަށ ސިވިލް ކޯޓުންނިންމި ނިންމުމާއި، އަލްމަރްޙޫމާ ޙަސީނާ އިސްމާޢީލްގެ ވާރިޘުންގެ ބަހެއް ނެގުމެއްނެތި މައްސަލަ ނިންމާފައިވާތީކަނ އެނގެއެވެ.

64ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ )ށ( ގެ )3( ވަނަނަންބަރަށް އާމިނަތު ޖީޒާގެ ފަރާތުނ ޙަވާލާދީފައިވާއިރު، މި މާއްދާގައިވަންފަނޑިޔާރުކަމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ވަކި ފަރާތަކަށް ނުޖެހުމާއި، ވަކި ފަރާތެއްގެ ނުފޫޒަށް ނުލެނބުމާއި، ވަކި ފަރާތަކުން ދައްކަފާނެ ބިރަކަށް ޖެހިލުންނުވުމާއި ތަޢައްޞުބުން އެއްކިބާވާންޖެހޭނެކަމުގައެވެ. ދަށު ކޯޓުގެ ނިންމުން މި މާއްދާއާ ޚިލާފުވެފައިވާކަމަށް އިސްތިއުނާފުގައި ބުނާއިރު،މިކަމުގައިޤާނޫނއިޚިލާފުވެފައިވާ ގޮތެއް ނުވަތަ ޤާނޫނު ތަޠުބީޤުކުރުމުގައި ނުވަތަ ޤާނޫނު މާނަކުރުމުގައްހަދާފައިވާ ގޯހެއް ނުވަތުކުށެއ އާމިނަތު ޖީޒާގެ ފަރާތުން ބުނެދީފައެއްނުވެއެވެ.

65HN6މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 84 ވަނަ މާއްދާއަށް ބަލާއިރު، މި މާއްދާގައިވަނީއެހެން ޤާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، މައްސަލައެއްގައި ދަޢުވާކުރާ ފަރާތް ނުވަތަ ދަޢުވާލިބޭ ފަރާތެ މަރުވެއްޖެނަމަ، ޝަރީޢަތުން އެފަރާތެއްގެ ވާރިޘުން ކަނޑައަޅައި ނިމެންދެން އެ މައްސަލައިގެ ޝަރީޢަތް މެދުކަނޑާލަންވާނކަމުގައެވެ.އަދި ކަމާބެހޭ ޤާނޫނުގެ ދަށުން ވާރިޘުން ކަނޑައެޅުމަށްޓަކައި ފުރިހަމަކުރަންޖެހޭ އިޖުރާއަތު ފުރިހަމަކުރުމަށްފަހު އެފަރާތުގެ ވާރިޘުންގެ ފަރާތުން ހުށަހެޅުމުން، އ މައްސަލައިގެ ޝަރީޢަތް އަލުން ކުރިއަށްގެންދަންވާނކަމުގައެވެ.

66މ ޤާނޫނަށް ޢަމަލުކުރަނު ފެށުމަށްފަހު، ކޯޓަށް ހުށްހެޅޭ މައްސަލަތަކުގެ މައްޗަށް މި ޤާނޫނ ހިނގާނޭހިނދު، އަދި މި ޤާނޫނުގައި މަދަނީ މައްސަލައެއްކަމުގައި ބަޔާންކުރަނީ، މަދަނީ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް ލިބިގެންވާ ކޯޓެއްގައި އުފުލޭ މަދަނީ ދަޢުވާތަކުގެ މައްޗަށްކަމަށްވާއިރު، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 84 ވަނަ މާއްދާގައިވާ ނައްސުން، އެ މާއްދާގައިވާ އިޖުރާއަތު ހިނގާނީ، ކޯޓަށް ހުށަހެޅި ކޯޓުގައި މައްސަލައެއް ހިނގަމުންދަނިކޮށް، މައްސަލައިގައި ހިމެނޭ ދަޢުވާކުރާ ފަރާތް ނުވަތަ ދަޢުވާލިބޭ ފަރާތް ނިޔާވާ ޙާލަތުގައިކަން އެނގެއެވެ. މއ ސިވިލް ކޯޓުންވެސް މި މާއްދާއަށް ދީފައިވާ ތަރުޖަމާއެވެ.

67ނިޔާވެފައިވާ މީހެއްގެ މައްޗަށް މައްސަލއެއަހުށަހެޅިދާނެތޯ ކުރެވުނު ސުވާލުގެ ޖަވާބުގައި ނިޔާވެފައިވާ މީހެއްގެ މައްޗަށް މައްސަލައެއް ހުށަނޭޅަނެކަމަށް އާމިނަތު ޖީޒާގެ ފަރާތުނ ބުނެފައިވެއެވެ. އެހެންސް، މި މައްސަލަ ހުށަހެޅިއިރު އަލްމަރްޙެމާ ޙަސީނާ އިސްމާޢީލް ނިޔާވެފައިވާކަން އެނގިފައިނުވާކަމަށް އެ ފަރާތުން ބުނެ، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 84 ވަނަ މާއްދއަށާ ޢަމަލުކުރަންޖެހޭކަމަށް ދެކޭކަމުގައި އެ ފަރާތުން ބުނެފައިވެއެވެ. މިފަދަ އިސްތިސްނާއެއް ދެވޭނެފަދަ ނައްސެއް ޤާނޫނުގައި އޮތްތޯ ސުވާލުކިރުމުން، އެފަދަ އިސްތިސްނާއެއް ޤާނޫނުގައި ނެތްކަމަށް އާމިނަތު ޖީޒާގެ ފަރާތުން ބުނެފައިވެއެވެ.

މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 7 ވަނަ މާއްދާ

68މަދަނީއިޖުރާއަތު ތަރުތީބުވެފައިވްގޮތުން މި ޤާނޫނުން ޚަޞްމުން އެ މައްޗަށް ޢަމަލުކުރުމަށް ވަކި އިޖުރާއަތުތަކެއް ކަނޑައަޅައި ލާޒިމުކޮށްފައިވާއިރު،ނިޔާވެފައިވާ މީހަކު،އެ ކަންކަން ފުރިހަމަކުރާނ ގޮތެއް ނޯންނާނެއެވެ. އަދި ހަމައެއާއެކު، ނިޔާވެފައިވާ މީހެއްގެ މައްޗަށް ދަޢުވާ ރައްދުކުރެވޭނެފަދ އިޖުރާއަތެއ މަދަން އިޖުރާއަތުގެ ޤާނޫނުގައި ނެތްއިރު، ނިޔާވެފައިވާ މީހެއްގެ މައްޗަށް ދަޢުވާ ރައްދުކޮށް، އެ މައްސަލައެއްގެ ޚަޞްމެއްގެ ގޮތުގައި އެ ފަރާތެއް ބަލައިގަނެގެނ ކުރިއަށް ގެންދެވޭނެ ޤާނޫނީ ހަމައެއް އޮތްކަމަށް ނުދެކެމެވެ.ހަމައެއާއެކު، ނިޔާވެފައިވާމީހެއްގެ މައްޗަށުދަޢުވާކުރެވޭނ ޚާއްޞަ ޙާލަތެއްވިޔަސް، ނުވަތަ އިސްތިސްނާ ޙާލަތެއްވިޔަސް، ޤާނޫނުގައި ނެތްހިނދު، އާމިނަތު ޖީޒާގެ ފަރާތުން އެ ބަޔާންކުރާ ޙާލަތަށް ބިނާކޮށް، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 84 ވަނަ މާއްދާއަށް ޢަމަލުކުރަންޖެހޭ ފަދަ އިސްތިސްނާއެއް އަދި އެފަދަ ތަސައްވރެއ އޮތްކަމަކަށް ނުދެކެމެވެ.

69މި މައްސަލައިގައި އަލްމަރްޙޫމާ ޙަސީނާ އިސްމާޢީލް ނިޔާވެފައިވަނީ އާމިނަތު ޖީޒާ މި ދަޢުވާ ހުށަހެޅުމުގެ ކުރިން ކަމުގައިވާތީ، މި މައްސަލައަށް މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 84 ވަނަ މާއްދާ ތަޠުބީޤުނުކުރެވޭނެކަމަށް ނިންމައި، އަލްމަރްޙޫމާ ޙަސީނާ އިސްމާޢީލް ދަޢުވާއިން ތަޚައްރުޖުކުރުމަށ ނިންމި ނިންމުމުގައި ޤާނޫނީ ގޯހެއް އޮތްކަމަކަށް ނުދެކެމެވެ. މި އިސްތިއުނާފުގެ މައްޗަށް މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 421 ވަނަ މާއްދާ ތަޠުބީޤުކުރެ ވނެތ

70އާމިނަތު ޖީޒާގެ ފަރާތުން ދަޢުވާ ސިވިލް ކޯޓަށް ހުށަހަޅައިގެން ކުރިއަށް ގެންދާ މައިގަނޑު އެއް ސަބަބަކީ، […] ފައުޒިއްޔާ ޢަލީއަށް ލިބިފައިވާ ބައި މިއަދާއި ހަމައަށް ބޭނުންކުރަމުންދާތީ، އެކަމުގައި ޝަރީޢަތް މެދުވެރިކޮށް ނާޖާއިޒު ފައިދާ ހޯދުމަށް ކަމަށ ބެލެވޭކަމަށާއި، އެހެނީ، ހުޅަނގު ފަރާތުން ވަކިކޮށްފައިވާ ގޯޅިގަނޑު އެންމެ ފުރަތަމަވެސް ވަކިކޮށްފައިވާ ގޮތަށް ބޭއްވުމަށް ނިންމާފައިވާ ސިވިލް ކޯޓުގެ ނަންބަރު 1942/Cv-C/2020 ޤަޟިއްޔާގެ ޙުކުމް އިސްތިއުނާފުކުރުމެއްނެތި، އޭގެ އެތަކެއް ދުވަހެއް ފަހުން އެހެންދަޢުވާތައ ހުށަހަޅައިގެނ މައްސަލައިގް ޙުކުމް ބަދަލުކުރުމަށް މަސައްކަތްކުރަމުންދާތީ މިއީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 421 ވޭނ މާއްދާގަ )ށ( ގައި ބަޔާންކޮށްފައިވާ ޝަރީޢަތުގެ ނިޒާމު ނަހަމަގޮތުގައި ބީނ ންކުރުން ކަމުގައިވާތެ،މިއީ އެ މާއްދާގެ ދަށުން ކޯޓަށް ފިޔަވަޅު އެޅިދާނެ ޙާލަތެއްކަމުގައި މި އިސްތިއުނާފުގެ ޖަވާބުގައި ފައުޒިއްޔާ ޢަލީގެ ފަރާތުން ފާހަގަކޮށްފައިވެއެވެ.

71މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 421 ވަނަ މާއްދާއާ ގުޅޭ ގޮތުން އާމިނަތު ޖީޒާގެ ފަރާތުން ބުނެފައިވަނީ މި ގޯތީގެ ބެހެނިވެރިންނަކ އެއީ ޢާއިލާއެއްގެ ބައެއްކަމށާއ، ސިވިލް ކޯޓުގެ ނަންބަރު 1942/Cv-C/2020 ޤްޟިއްޔާގެޙުކުމަށްފަހ އެއު ރަނގަޅީ ޙުކުމެއްކަމުގައި އެންމެން ޤަބޫލުކުރިކަމށާއި،އެއަށް ފަހު މައްސަލަ މެދުވެރިވުމުން، މައްސަލަ ހުށަހެޅީކަމށާއަ، މައްސަލަ ހުށަހަޅާފައިވަނީ ޚުޞޫމާތެއް އުފެދުމުންކަމށާއު،ޚުޞޫމާތެއް އުފެދުމުން މައްސަލް ޝަރީޢަތަށް ހުށަހެޅުމަކީ ޝަރީޢަތުގެ ނިޒާމު ނަހަމަގޮތުގައި ބޭނުންކުރނ ކަމުގައް ނުބެލޭނެކަމުގައެވެ.

72މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 421 ވަނަ މާއްދާއަކީ، ޝަރީޢަތުގެ ނިޒާމު ނަހަމަގޮތުގައި ބޭނުންކުރި ޙާލަތުގައި ފިޔަވަޅުއެޅުމަށ ކޯޓަށް ލިބިދުބާރުތައް ބަޔާންކުރާ މާއްދާއެވެ.ޝަރީޢަތުގެ ނިޒާމު ނަހަމަގޮތުގައި ބޭނުންކުރުމަކީ މަދަނީ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް ލިބިފައިވާ ކޯޓެއްގައި އުފުލޭ ދަޢުވާއެއް ކޯޓަށް ހުށަހެޅުމުގައި ނުވަތަ އެފަދަ ދަޢުވާއެއް ކޯޓުގައި ހިންގުމުގެ މަރުޙަލާގައި މައްސަލައިގެ ޚަޞްމަކު ނުވަތަ ޚަޞްމަކު ތަމްސީލުކުރާ ފަރާތަކުން ޝަރީޢަތުގެ ނިޒާމު ނަހަމަގޮތުގައި ބޭނުންކުރާ ކުރުމެވެ.

73މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 421 ވަނީ މާއްދާގަ )ށ( ގައި ޝަރީޢަތުގެ ނިޒާމު ނަހަމަގޮތުގައި ބޭނުންކުރުމުގެ ޢަމަލުތަކުގެ ތެރޭގައި ހިމެނޭ ޢަމަލުތައް ބަޔާންކުރެއެވެ. އެއް؛ މި ޤަޟިއްޔާއާ ގުޅިގެން 22 ޖުލައި 2025 ގައި މިކޯޓުގައި ބޭއްވުނު ޝަރީޢަތުގެ މަޖިލީހުގައި އިސްތިއުނާފުކުރާ ފަރާތުގެ ވަކީލު މިފަދައިން ބުނެފައިވެއެވެ. މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 33 ވަނަ މާއްދާ )ހ( ސަބަބެއް ނުވަތަ ބޭނުމެއްނެތ ކުރި ޢަމަލުތައް، )ށ( އެހެން މީހުންނަށް އުނދަގޫވާގޮތަށް ހިންގާ ޢަމަލުތައް، )ނ( ވަކި ހައްދެއް ނެތި ނުވަތަ އެކަށީގެންވާ ސަބަބެއް ނެތި އެހެން ފަރާތަކަށް ގެއްލުންވާނެ ފަދަ ގޮތަކަށް އިޖުރާއަތު ބނު ންކުރުން، )ރ( އިންސާފަށް ހުރަސްއެޅުމަށް މަސައްކަތްކުރުން، )ބ( ޢާންމު މަޝްވަރާކުރުމުގައި އެހެން ފަރާތަކަށް ލިބިގެންވާ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ހަނިކުރުން ފަދަ ޢަމަލުތައް.

74HN7ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2022/SC-A/46 އަޙްމަދު އަމީން )އެނަރޖީ މެނޭޖްމަންޓް ސިސްޓަމްސް( ވ. ދައުލަތް )މިނިސްޓްރީ އޮފް އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އަދި މިނިސްޓްރީ އޮފް ފިނޭންސް( ޤަޟިއްޔާގައި ބަޔާންކޮށްފައިވާ ފަދައިން ބަޔާންކުރަނިވި ޢަމަލުތަކަކީ، ޝަރީޢަތުގެ ނިޒާމު ނަހަމަގޮތުގައި ބޭނުން ހިފާފައިވާކަން ބަޔާންކޮށްދޭ ނިހާއީ ނުވަތަ exhaustive ލަސްޓެއްނޫނެވެ. މިފަދަ ޢަމަލުތަކަކީ ހަމައެކަނި މައްސަލައެއް ބަލައިގަތުމަށްފަހު ޝަރީޢަތް ކުރިއަށްދާއިރު، ނުވަތަ ރަޖިސްޓު ރީކުރުމުގެމަރޙަލާގ ތެރެއިންވެސް ހިނގާފާނެ ކަންކަމެވެ. އެހެންކަމުން، މިއީ ހަނި މާނަކުރުމެއް ދެވިދާނެކަމެއ ކަމުގައް ބަލައިގެންނުވާނެއެވެ.

75HN8އެއް ޚަޞްމަކު ހުށަހަޅާފައިވާ ހުށަހެޅުމަކީ ޝަރީޢަތުގެ ނިޒާމު ނަހަމަގޮތުގައި ބޭނުންކުރުމުގެ ޢަމަލެއްގެ ގޮތުގައި ބެލިދާނެކަމަށް އަނެއް ޚަޞްމަކު ކޯޓުގައި އެކަށީގެންވާ މިންވަރަށް ބަޔާންކޮށްދީފިނަމަ، އެ ހުށަހެޅުމަކީ ހައްދެއނެތް ނުވަތަ އެކަށީގެންވާ ސަބަބެއް ނެތިހުށަހަޅާފައިވާ ހުށަހެޅުމެއާނޫންކްމާއި، އެފަދަ ހުށަހެޅުމެއް ހުށަހަޅަން ޤާނޫނުން ތަންދޭކަން ސާބިތުކުރުމުގެ ޒިންމަ އުފުލަންޖެހޭނީ ހުށަހެޅުން ހުށަހެޅި ފަރާތުންނެވެ. އެފަދަ ހުށަހެޅުމަކާއި ދިފާޢެއް އަނގަބަހުން ހުށަހެޅުމަށްފަހު، ލިބިފައިވާ ހެއްކަށް ރިޢާޔަތްކޮށްކޯޓުނ ގޮތެއް ނިންމަންވާނެކަނ މަދަން އިޖުރާއަތުގެ ޤާނޫނުގެ 421 ވަނަ މާއްދާގެ )ނ( އިން އެނގެއެވެ.

76ހުޅަނގ ފަރާތުނު ވަކިކޮށްފައިވާ ގޯޅިގަނޑު އެންމެ ފުރަތަމަވެސް ވަކިކޮށްފައިވާ ގޮތަށް ބޭއްވުމަށް ނިންމާފައިވާ ސިވިލް ކޯޓުގެ ނަންބަރު 1942/Cv-C/2020 ޤަޟިއްޔާގެ ޙުކުމް އިސްތިއުނާފުކުރުމެއްނެތި، އޭގެ އެތަކެއް ދުވަހެއް ފަހުން އެހެން ދަޢުވާތައް ހުށަހަޅައިގެން މައްސަލައިގެ ޙުކުމް ބަދަލުކުރުމަށް އާމިނަތު ޖީޒާގެ ފަރާތުން މި ކުރާ މަސައްކަތަކީ، ޝަރީޢަތް މެދުވެރިކޮށ ނާޖާއިޒް ފައިދާ ހޯދުންކަމަށް ބެލެވޭކަމުގައި ފުއުޒިއްޔާ ޢަލީގެ ފަރާތުން ބުނެ، މއ ޝަރީޢތުގަ ނިޒާމުގެ ބޭނުން ނަހަމަގޮތުގައި ހިފުމަށް ހުށަހަޅާފައިވާ އިސްތިއނާފެއްކަމަށ ކަނޑައަޅައިދިނުމަށް ފައުޒިއްޔާ ޢަލީގެ ފަރާތުން އެދިފައިވެއެވެ.

77އިސްތިއުނާފު ބާޠިލުކުރުމުގެ ބޭނުމުގައި މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 421 ވަނަ މާއްދާއަށް ޙަވާލާދޭނަމަ، ޢަމަލުކުރަންޖެހޭ ގޮތް، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 287 ވަނަ މާއްދާގެ )ހ( ގެ )2( ވަނަ ނަންބަރުގައި ބަޔާންކުރެއެވެ. އެއީ، އިސްތިއުނާފެއް ހުށަހަޅާފައިވާކަން އިސްތިއުނާފ ރައްދުވާ ފަރާތަށް އަންގާތީ 20 )ވިހި( ދުވަހުގެ ތެރޭގައި އެކަމަށް އެދުމެވެ. މިފަދަ އިޖުރާއީ އިޢުތިރާޟެއް މި މައްސަލައިގައި ހުށަހަޅާފައިވާނެތޯ ފައުޒިއްޔާ ޢަލީއާ ސުވާލުކުރެވުނު ހިނދު،މ މައްސަލައިގައި މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 421 ވަން މާއްދއަށާ ބިނާކޮށް އިޖުރާއީ އިޢުތިރާޟެއާ ހުށަހަޅާފައިނުވާކަމުގައި ފައުޒިއްޔާ ޢަލީގެ ފަރާތުން ބުނެފައިވެއެވެ.

78މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 287 ވަނަ މާއްދާގެ )ހ( ގެ )2( ވަނަ ނަންބަރުގެ ދަށުން މ އިސްތިއުނާފު ބާޠިލުކުރުމަށް ފައުޒިއްޔާ ޢަލީގެ ފަރާތުން އެދިފައިނުވާއިރު، މަދަނީ އިޖުރާއަތުގެ މި ޤަޟިއްޔާއާ ގުޅިގެން 22 ޖުލައި 2025 ގައި މިކޯޓުގައި ބޭއްވުނު ޝަރީޢަތުގެ މަޖިލީހުގައި އިސްތިއުނާފު ރައްދުވާ ފަރާތުގެ ވަކީލު މިފަދައިން ބުނެފައިވެއެވެ. ޤާނޫނުގެ 421 ވަނަ މާއްދާގެ )ރ( ގެ ދަށުން ޝަރީޢަތުން އަޅައިދިނުމަށް އެދޭ ފިޔަވަޅެއްވެސް އެ ފަރާތުން ބަޔާންކޮށްފައެއްނުވެއެވެ.

79ޝަރީޢަތުގެ ނިޒާމު ނަހަމަގޮތުގައި ބޭނުންކޮށްފައިވާކަމަށް ކަނޑައަޅަންޖެހޭނީ އެކަން ސާފުކޮށް ފާޅުވާނަމައެވެ. މައްސަލައެއްގެ ޤާނޫނީ ނުކުތާތައް ބަލިކަށިވުމަކީ، ނުވަތަ އެމައްސަލައެއ ކާމިޔާބުވާނެކަމުގެ ފުރުޞަތު ހަނިވުމަކީ ޢާންމު އުޞޫލުން ހަމައެކަނި އެކަމުގެ މައްޗަށ ބަލައި، މައްސަލަ ހުށަހެޅުމުގައި ޝަރީޢަތުގެ ނިޒާމު ނަހަމަގޮތުގައި ބޭނުންކޮށްފައިވާކަމަށް ބަލައި، މައްސަލަ ބާޠިލުކުރެވޭނެ ސަބަބެއްނޫނެވެ.ދަޢުވާ ފޯމުގައި ޚުޞޫމާތެއް އުފައްދާފައިވާނަމަ، އަދި އެ ދަފްޢަކީ ފަނޑިޔާރެއ ގޮތެއް ކަނޑައަޅަންޖެހޭ ފަދަ ދަފްޢެއްނަމަ، ޚުޞޫމާތު ކަމިޔާބުވުން ހަނިވުމުގެ މައްޗަށ ބަލައި، މައްސަލަ ހުށަހެޅުމުގައި އިންސާފަށް ހުރަސްއަޅާފައިވާކަމަށް ބަލައިގެންނުވާނެއެވެ. ނުވަތަ އެކަމަކީ ވަގުތު ބޭކާރުކުރުމުގެ ބޭނުމުގައި ކޮށްފައިވާ ޢަމަލެއްކަމަށްވެސް ބަލައިގެންނުވާނެއެވެ.

80މ އިސްތިއުނާފު މި ކޯޓުގައި ރަޖިސްޓަރީވެފައިވާގޮތަށ ބަލާއިރު،މިއީ މި އިސްތިއުނާފު ބަލައިނުގަތުމަށ މިކޯޓުގ ރަޖިސްޓްރާރ ނިންމުމުން،މ ނިންމުނި މުރާޖަޢާކުރުމަށ އެދް އާމިނަތު ޖީޒާގެ ފަރާތުން ހުށަހެޅުމުން، މި އިސްތިއުނާފުގައި ޤާނޫނީ ބަހެ ސެއ އޮތްކަމަށް ފަނޑިޔާރުންނަށް ބުރަވެވޭތީ، ރަޖިސްޓްރާރގެ ނިންމުން ބާޠިލުކުރުމަށް ފަނޑިޔާރުން ނިންމި ނިންމުމުގާމައްޗަށް ބިނާވާ އިސްތިއުނަފެކެވެ. މިކަމުގެ މައްޗަށާއި،އާމިނަތު ޖީޒާގެ ފަރާތުން ހުށާ ހަޅާފައިވާ އިސްތިއުނާފ ނުކުތިތަކަށް ނަޒަރުކުރުމުން،މިއީ ޝަރީޢަތް މެދުވެރިކޮށް ނާޖާއިޒު ފައިދާ ހޯދުމުގެ ބޭނުމުގައި އާމިނަތު ޖީޒގެ ފަރާތުނ ހުށަހަޅާފައިވާ އިސްތިއުނާފެއްކަމުގައި ބެލެވޭނެ ކަމުގައި ނުދެކެމެވެ. Barron J, Farley v. Ireland, 1998 WJSC-SC 1512 Pertamina v Kartika Ratna Thahir & Or [1983] 1 MLJ 136 ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު CR/INDIV/2024/174-95) 02 ޖޫން 2024( "ރަޖިސްޓްރާރގެ ނިންމުން" ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 36/RM/2024-HC) 28 އޮގަސްޓް 2024( "ރަޖިސްޓްރާރގެ ނިންމުން މުރާޖަޢާކޮށް ނިމުނު ގޮތް" މައްސަލަ ނިންމަން ފެންނަގޮތް

81އިސްވެ ބަޔާންކޮށްފައިވާ ކަންކަމަށް ބިނާކޮށް، ސިވިލް ކޯޓުގެ ނަންބަރު 3742-CVC-2023 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް އެދި އާމިނަތު ޖީޒާގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ރިޢާޔަތްކޮށް، އެ ޤަޟިއްޔާއިން ނިންމާފައިވާ ނިންމުން ބާޠިލުކުރާނެ ތަނެއް ނެތްކަމަށް ކަނޑައަޅަން ފެނެއެވެ.

ފަނޑިޔާރު ޙަސަނު ޝަފީޢުގެ ރައުޔު

82ފަނޑިޔާރު ޙުޒައިފާ މުޙައްމަދުގެ ރައުޔަ ށ އަހުރެން ތާއީދު ކުރަމެވެ.

ފަނޑިޔާރު ދީބާނާޒް ފަހުމީގެ ރައުޔީ

83ފަނޑިޔާރު ޙުޒައިފާ މުޙައްމަދުގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.

އިސްތިއުނާފުކުރުމުގެ އިޖުރާއަތު ބަޔާންކޮށްދިނުން

84މ ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި ޙުކުމްކުރުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ އިސްތިއުނާފުކުރުމުގެ ޙައްޤު މައްސަލައިގެ ޚަސްމުންނަށް ލިބިގެންވެއެވެ. އާންމު އުޞޫލެއްގެ ގޮތުނާދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް މައްސަލަ އިސްތިއުނާފުކުރުމަށް ހުށަހެޅޭނީ ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމުން ނިންމާތާ 30 )ތިރީސް( ދުވަހުގެ ތެރޭގައެވެ. މި މުއްދަތުގެ ކޯޓުނަ މައްސަލައިގް ޙުކުމްކުރުމަށްފަހު، އެ ޙުކުމް އިސްތިއުނާފުކުރުމުގެ ޙައްޤު ލިބިގެންވާކަމާއި، އިސްތިއުނާފުކުރެވޭނެ ކޯޓާއި، އިސްތިއުނާފުކުރަންޖެހޭ ވަގުތު ޚަޞްމުންނަށް ސާފުކޮށްދޭންވާނެކަމާއި، އަދި މިކަން ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގައި ބަޔާންކޮށްފްއ އޮނނަންވާނެކަމުގައި މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 268 ވަނަ މާއްދާގައި ބަޔާންކުރެއެވެ. މިކަމުގައި ދެވޭ އިސްތިސްނާ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 284 ވަނަ މާއްދާގެ )ރ( ގައި ބަޔާންކުރެއެވެ. މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 284 ވަނަ މާއްދާގެ )ހ( ތެރޭގައި ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ޙަވާލުކޮށްފައިނުވާނަމަ، އިސްތިއުނާފުކުރުމުގެ މުއްދަތު ގުނަން ފަށާނީ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ޙަވާލުކުރާ ތާރީޚުން ފެށިގެންނެވެ. އެހެނަސް، ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ ޚުލާޞާއަށް ބިނާކޮށްވެސް އިސްތިއުނާފަށް ހުށަހެޅިދާނެއެވެ. މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 284 ވަނަ މާއްދާގެ )ށ( މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 284 ވަނަ މާއްދާގެ )ނ(

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

ޝަރީޢަތުގެ ވީޑިއޯ

ހައިކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޝެއަރ ކުރައްވާ