ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތައް

Maldives Legal Precedents

Saeed Lex
2011/SC-E/14ސުޕްރީމް ކޯޓު · 3 ފެބުރުއަރީ 2011

—

ސުޕްރީމް ކޯޓު
ފަހުގެ ޙުކުމެއްގައި ޙަވާލާދީފައެއް ނުފެނޭޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 3 ފެބުރުއަރީ 2011ބާވަތް: Election Matterއިންތިޚާބީ މައްސަލަ

ޚުލާޞާ

ޚުލާޞާ ނެތް.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
—
ފަހުގެ ތާރީޚު
—

ނިންމުން

—

ކޯ ޓާމްސް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

މި ލިޔުމުން އުޞޫލެއް ނުނެގުނު.

ފަނޑިޔާރުން

ބެންޗު
—
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާ

ޤަޟިއްޔާ ނަންބަރު: 2011/SC-E/14

ދަޢުވާކުރާ ފަރާތް: އިލެކްޝަންސް ކޮމިޝަން

ދަޢުވާ ލިބޭ ފަރާތް: އިސްމާޢީލް ޝަރީފް

އަޙްމަދު ފަތުޙީ

ޢީސާ އާދަމް

ޢަލީ އާމިރު

ޢަބްދުލްޙަމީދު ޙަސަން

ޢަބްދުލްލަތީފް ޢިސްމާޢީލް

މުޙައްމަދު ނަސީމް

އަޙްމަދު ވަޖީޙު

މޫސާ ޒަޢީމް

މައްސަލައިގެ ބާވަތް: ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާގުޅޭ

މައްސަލަ އައިގޮތް: އިންތިޚާބަށް ކުރިމަތިލުމުގެ ޝަރުޠާބެހޭ ގޮތުން މައްސަލަ ހުށަހެޅުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމުން

ހުށަހެޅުނު ތާރީޚް: 31 ޖެނުއަރީ 2011

ނިމުނު ތާރީޚް: 03 ފެބްރުއަރީ 2011

މައްސަލަ ނިންމި ގަޑި: 21:35

މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:

އުއްތަމަ ފަނޑިޔާރު އަޙްމަދު ފާއިޒު ޙުސައިން، ފަނޑިޔާރު ޢަބްދުﷲ ސަޢީދު،ފަނޑިޔާރު ޢަބްދުﷲ ޢަރީފް، ފަނޑިޔާރު ޢަލީ ޙަމީދު މުޙައްމަދު، ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ، ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ، ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާނު

މައްސަލައިގެ ޚުލާޞާ

މިޤަޟިއްޔާއަކީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2011 ގައި އއ. މަތިވެރި ރަށު ކައުންސިލްގެ މެމްބަރުކަމަށް ކުރިމަތިލާފައިވާ އިސްމާޢީލް ޝަރީފް އާއި ލ. އިސްދޫ ރަށު ކައުންސިލަށް ކުރިމަތިލާފައިވާ އަޙްމަދު ފަތުޙީ އާއި ކ. ގުރައިދޫ ރަށު ކައުންސިލަށް ކުރިމަތިލާފައިވާ ޢީސާ އާދަމް އާއި ރ. ރަސްމާދޫ ރަށު ކައުންސިލަށް ކުރިމަތިލާފައިވާ ޢަލީ އާމިރު އާއި ރ. އިނގުރައިދޫ ދާއިރާގެ އަތޮޅު ކައުންސިލްގެ މެންބަރުކަމަށް ކުރިމަތިލާފައިވާ ޢަބްދުލްޙަމީދު ޙުސައިން އާއި ކ. ދިއްފުށި ރަށު ކައުންސިލަށް ކުރިމަތިލާފައިވާ ޢަބްދުލްލަތީފް ޢިސްމާޢިލް އާއި ރ. އަތޮޅު އުނގޫފާރު ދާއިރާގެ ކައުންސިލަށް ކުރިމަތިލާފައިވާ މުޙައްމަދު ނަސީމް އާއި އދ. އޮމަދޫ ރަށު ކައުންސިލަށް ކުރިމަތިލާފައިވާ އަޙްމަދު ވަޖީޙް އާއި ތ. ވޭމަންޑޫ ރަށު ކައުންސިލަށް ކުރިމަތިލާފައިވާ މޫސާ ޒަޢީމް ގެ މައްޗަށް ވައްކަންކުރުމުގެ ކުށް ޝަރީޢަތަށް ސާބިތުވެފައިވާކަމަށާއި، ވައްކަންކުރުމުގެ ކުށް ޝަރީޢަތަށް ސާބިތުވެފައިވުމަކީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ވާދަކުރުމުގެ ޙައްޤު ގެއްލިގެންދާކަމެއްކަމަށް ޤާނޫނު ނަންބަރު 2010/10 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުތަކުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގައި ކަނޑައެޅިފައިވާތީ، އިސްމާޢީލް ޝަރީފްއާއި އަޙްމަދު ފަތުޙީ އާއި ޢީސާ އާދަމް އާއި ޢަލީ އާމިރު އާއި ޢަބްދުލްޙަމީދު ޙަސަން އާއި ޢަބްދުލްލަތީފް ޢިސްމާޢީލް އާއި މުޙައްމަދު ނަސީމް އާއި އަޙްމަދު ވަޖީޙް އާއި މޫސާ ޒަޢީމްއަކީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2011 ގައި ބައިވެރިވުމުގެ ޝަރުޠު ފުރިހަމަނުވާ ބައެއްކަމަށް ކަނޑައަޅައިދިނުން އެދި އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ.

އަދި މިމައްސަލަ ހިންގުމަށްޓަކައި ދަޢުވާލިބޭ ފަރާތްތަކުގެ ތެރެއިން އަޙްމަދު ފަތުޙީ އާއި ޢަބްދުލްޙަމީދު ޙަސަންއަށް ކޯޓަށް ޙާޟިރުވުމުގެ އަމުރު ފޮނުވުމުން އެދެމީހުން، ކޯޓަށް ޙާޟިރުވުމުގެ އަމުރާއި ޙަވާލުވެފައިނުވާތީއާއި، 02 ފެބްރުއަރީ 2011 ވަނަ ދުވަހުގެ 10:30 އަށް ކޯޓަށް ޙާޟިރުނުވެއްޖެނަމަ ޣައިރު ޙާޟިރުގައި މައްސަލަ ހިންގޭނެކަން ޢާއްމުކޮށް އަންގައި އިޢުލާންކުރުމުންވެސް އެދެމީހުން ކުރެ މީހަކު ކޯޓަށް ޙާޟިރުވެފައިނުވާތީ މިމައްސަލަ ހިންގިފައިވަނީ އަޙްމަދު ފަތުޙީ އާއި ޢަބްދުލްޙަމީދު ޙަސަންގެ ޣައިރު ޙާޟިރުގައެވެ.

ފާހަގަ ކުރެވުނު ނުކުތާތައް.

މިމައްސަލައާ ގުޅިގެން ދެފަރާތުން ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅިފައިވާ ލިޔުންތަކަށާއި، މިބާވަތުގެ މައްސަލަތަކާގުޅިގެން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމާފައިވާ ނިންމުންތަކުގެމައްޗަށާއި، ކަމާބެހޭ ޤާނޫނުތަކަށާއި، ސުޕްރީމް ކޯޓަށް ލިބިގެންވާ ޤާނޫނުއަސާސީއާއި ޤާނޫނުގެ ބެލެނިވެރިކަމުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނައިބެލިއިރު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.

(ހ) ފުރަތަމަކަމަކީ، ލޯކަލް ކައުންސިލެއްގެ މެންބަރުކަމަށް ކުރިމަތިލާމީހެއްގައި އަންނަނިވި ޝަރުޠުތައް ފުރިހަމަވާންވާނެކަމަށް ޤާނޫނު ނަންބަރު 2010/10 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ (ހ) ގައި ބުނުމާއެކު އަންނަނިވި ޙާލަތްތަކުގެ ތެރެއިން ޙާލަތެއްގައިވާ މީހަކަށް، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ބައިވެރިނުވެވޭނެކަމަށް އެމާއްދާގެ (ނ) ގައި ސާފުބަހުން ބަޔާންކޮށްފައިވާކަން ފާހަގަކުރެވިފައިވާ އިރު، ބުނެވިދިޔަ ޤާނޫނު ނަންބަރު 2010/10 ގެ 12 ވަނަ މާއްދާގެ (ނ) ގެ 4 ގައި "އިސްލާމްދީނުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށެއް ނުވަތަ ޚިޔާނާތުގެ ކުށެއް ނުވަތަ ރިޝްވަތުގެ ކުށެއް ނުވަތަ މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގެ ނުވަތަ މަސްތުވާތަކެތި ބޭނުންކުރުމުގެ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހެއްކަމުގައިވުން" މިފަދައިން ކަނޑައަޅާ ބަޔާންކޮށްފައިވާކަން ފާހަގަކުރެވިފައިވުމެވެ.

(ށ) ދެވަނަކަމަކީ، މީލާދީ ސަނަތުން 2011 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 5 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2011 ގައި ބައިވެރިވުމުގެ ޝަރުޠު ފުރިހަމަނުވާކަމަށް ބުނެ އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ހުށަހަޅާފައިވާ އިސްމާޢީލް ޝަރީފުއަކީ ވައްކަންކުރުމުގެ ކުށް ސާބިތުވުމާގުޅިގެން ކުރީގެ އއ. މަތިވެރި ކޯޓުގެ ނަންބަރު 18/I-5-U/96 ގެ ޤަޟިއްޔާއިން 12 (ބާރަ) މަސްދުވަހުގެ މުއްދަތަށް އަރުވާލުމަށް ޙުކުމްކޮށްފައިވާ މީހެއްކަން ކުރީގެ އއ. މަތިވެރި ކޯޓުގެ ނަންބަރު 18/I-5-U/96 ގެ ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން އެނގެން އޮތުމާއި އަޙްމަދު ފަތުހީއަކީ ގްރޫޕް ހަދައިގެން މީހުން ދިރިއުޅޭ ތަނަކުން ވައްކަން ކުރުމުގެ ކުށް ސާބިތުވުމާ ގުޅިގެން ކުރީގެ ލ. އިސްދޫ ކޯޓުގެ ނަންބަރު 29/OIC-1/1998 ގެ ޤަޟިއްޔާއިން 02 (ދެއެއް) އަހަރާއި 11 (އެގާރަ) މަސްދުވަހުގެ މުއްދަތަށް އަރުވާލުމަށް ޙުކުމްކޮށްފައިވާ މީހެއްކަން ކުރީގެ ލ. އިސްދޫ ކޯޓުގެ ނަންބަރު 29/OIC-1/1998 ގެ ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން އެނގެން އޮތުމާއި، ޢީސާ އާދަމް އަކީ ވައްކަމުގެ ކުށް ސާބިތުވުމާ ގުޅިގެން ކުރީގެ ކ. ގުރައިދޫ ކޯޓުގެ ނަންބަރު 128/H-13-C/85 ޤަޟިއްޔާއިން 01 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށް އަރުވާލުމަށް ޙުކުމްކޮށްފައިވާ މީހެއްކަން ކުރީގެ ކ. ގުރައިދޫ ކޯޓުގެ ނަންބަރު 128/H-13-C-85 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން އެނގެން އޮތުމާއި، ޢަލީ އާމިރުއަކީ ވައްކަމުގެ ކުށް ސާބިތުވުމާ ގުޅިގެން ކުރީގެ ރ. ރަސްމާދޫ ކޯޓުގެ ނަންބަރު 02/E10C/2009 ޤަޟިއްޔާއިން 6 (ހައެއް) މަސްދުވަހުގެ މުއްދަތަށް އަރުވާލުމަށް ޙުކުމްކޮށްފައިވާ މީހެއްކަން ކުރީގެ ރ. ރަސްމާދޫ ކޯޓުގެ ނަންބަރު 02/E10C/2009 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން އެނގެން އޮތުމާއި، ޢަބްދުލްޙަމީދު ޙަސަންއަކީ ވައްކަމުގެ ކުށް ސާބިތުވުމާ ގުޅިގެން ކުރީގެ ޖިނާއީ ކޯޓުގެ ނަންބަރު 1077/JC/2003 ޤަޟިއްޔާއިން 03 (ތިނެއް) އަހަރު ދުވަހުގެ މުއްދަތަށް އަރުވާލުމަށް ޙުކުމްކޮށްފައިވާ މީހެއްކަން ކުރީގެ ޖިނާއީ ކޯޓުގެ ނަންބަރު 1077/JC/2003 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން އެނގެން އޮތުމާއި، ޢަބްދުލްލަތީފް ޢިސްމާޢީލްއަކީ ވައްކަމުގެ ކުށް ސާބިތުވުމާ ގުޅިގެން ކުރީގެ ކ. ދިއްފުށީ ކޯޓުގެ ނަންބަރު 36/H-3-C/81 ޤަޟިއްޔާއިން 1 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށް އަރުވާލުމަށް ޙުކުމްކޮށްފައިވާ މީހެއްކަން ކުރީގެ ކ. ދިއްފުށީ ކޯޓުގެ ނަންބަރު 36/H-3-C/81 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން އެނގެން އޮތުމާއި، މުޙައްމަދު ނަސީމްއަކީ ކުރީގެ ރ. އުނގޫފާރު ކޯޓުގެ ނަންބަރު 05/E-7-C/2002ޤަޟިއްޔާއިން ޖަމާޢަތް ހަދައިގެން މީހުން ދިރިއުޅޭ ގެއަކަށް ވަދެ އަދި ސަރުކާރުގެ މުދަލަކުން ވައްކަން ކުރުމުގެ ކުށް ސާބިތުވެގެން 3 (ތިނެއް) އަހަރާއި 6 (ހައެއް) މަސްދުވަހުގެ މުއްދަތަށް އަރުވާލުމަށް ޙުކުމްކޮށްފައިވާ މީހެއްކަން ކުރީގެ ރ. އުނގޫފާރު ކޯޓުގެ ނަންބަރު 05/E-7-C/2002ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން އެނގެން އޮތުމާއި، އަޙްމަދު ވަޖީޙްއަކީ ކުރީގެ ޖިނާއީ ކޯޓުގެ ނަންބަރު 804/JC/2000 ޤަޟިއްޔާއިން ސަރުކާރުގެ މުދަލަކުން ވައްކަންކުރުމުގެ ކުށް ސާބިތުވެގެން 2 (ދެއެއް) އަހަރާއި 6 (ހައެއް) މަސްދުވަހުގެ މުއްދަތަށް އަރުވާލުމަށް ޙުކުމްކޮށްފައިވާ މީހެއްކަން ކުރީގެ ޖިނާއީ ކޯޓުގެ ނަންބަރު 804/JC/2000 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން އެނގެން އޮތުމާއި، މޫސާ ޒަޢީމްއަކީ ކުރީގެ ޖިނާއީ ކޯޓުގެ ނަންބަރު 806/JC/1997 ޤަޟިއްޔާއިން ވައްކަންކުރުމުގެ ކުށް ސާބިތުވެގެން 6 (ހައެއް) މަސްދުވަހުގެ މުއްދަތަށް އަރުވާލުމަށް ޙުކުމްކޮށްފައިވާ މީހެއްކަން ކުރީގެ ޖިނާއީ ކޯޓުގެ ނަންބަރު 806/JC/1997 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން އެނގެން އޮތުމާއި އެޤަޟިއްޔާތަކުގެ ޙުކުތަކަށް ބަދަލު އައިސްފައިނުވާކަން އެނގެން އޮންނަ އޮތުމެވެ.

(ނ) ތިންވަނަކަމަކީ، މީލާދީ ސަނަތުން 2011 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 5 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ކިބައިގައި ހުރުން ޤާނޫނު ނަންބަރު 2010/10 ގެ 12 ވަނަ މާއްދާގެ (ނ) ގެ 4 ވަނަ ނަންބަރުގައި ބުނެފައިވާ އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ސާބިތުވެފައިވާ މީހެއްކަމުގައި ނުވުމުގެ ޝަރުޠު، ދަޢުވާލިބޭ ފަރާތްތަކުގެ ކިބައިގައި ފުރިހަމަނުވާކަން އިސްވެ އިޝާރާތް ކުރެވުނު ޤަޟިއްޔާތަކުގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުތަކުން ސާބިތުވެ އެނގެން އޮންނާތީ، ބުނެވިދިޔަ އިންތިޚާބުގައި ވާދަކުރަން ދަޢުވާލިބޭ ފަރާތްތަކަށް އޮތް ޙައްޤަށް ޤާނޫނީގޮތުން ހުރަސްއެޅިފައިވާކަން އެނގެން އޮންނަ އޮތުމެވެ.

ޙުކުމް:

އިސްވެ ބަޔާންވެދިޔަ ސަބަބުތައް އެގޮތުގެ މަތިން ހުރުމުގެ އިތުރަށް މިބާވަތުގެ މައްސަލަތަކުގައި ދިވެހިރާއްޖޭގައި ޢަމަލުކުރަންޖެހޭ އުޞޫލު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2011/SC-E/04 ޤަޟިއްޔާއާއި، ނަންބަރު 2011/SC-E/06 ޤަޟިއްޔާއިން ކަނޑައެޅި ކަނޑައެޅުމުގައި، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ކިބައިގައި ހުރުން ޤާނޫނު ނަންބަރު 2010/10 އިން ލާޒިމްކުރާ އެއްވެސް ޝަރުޠެއް ފުރިހަމަނުވާ ފަރާތަކަށް އެ އިންތިޚާބުގައި ވާދަކުރުމުގެ ޙައްޤު ލިބިގެންނުވާނެކަން އެނގެން އޮތުމާއެކު އެއުޞޫލުގެ މައްޗަށް ރިޢާޔަތްކޮށް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2011 ގައި ކެންޑިޑޭޓެއްގެ ޙައިޞިއްޔަތުން ބައިވެރިވުމުގެ ޙައްޤު އިސްމާޢީލް ޝަރީފު އާއި އާއި ޢީސާ އާދަމް އާއި ޢަލީ ޢާމިރު އާއި ޢަބްދުލްލަތީފް ޢިސްމާޢީލް އާއި މުޙައްމަދު ނަސީމް އާއި އަޙްމަދު ވަޖީޙް އާއި މޫސާ ޒަޢީމް އާއި އަޙްމަދު ފަތުޙީ އާއި ޢަބްދުލްޙަމީދު ޙަސަންއަށް ލިބިގެންނުވާކަމަށް އަޙްމަދު ފަތުޙީ އާއި ޢީސާ އާދަމް އާއި ޢަބްދުލްޙަމީދު ޙަސަން އާއި އަޙްމަދު ވަޖީޙް އާއި މޫސާ ޒަޢީމްގެ ޣައިރު ޙާޟިރުގައި ކަނޑައަޅައިފީމެވެ.

އުއްތަމަ ފަނޑިޔާރު އަޙްމަދު ފާއިޒު ޙުސައިން

ފަނޑިޔާރު ޢަބްދުﷲ ސަޢީދު

ފަނޑިޔާރު ޢަބްދުﷲ ޢަރީފް

ފަނޑިޔާރު ޢަލީ ޙަމީދު މުޙައްމަދު

ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ

ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ

ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާނުޝަ

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ޝެއަރ ކުރައްވާ