ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތައް

Maldives Legal Precedents

Saeed Lex
2011/SC-E/28ސުޕްރީމް ކޯޓު · 28 ސެޕްޓެމްބަރު 2011

—

ސުޕްރީމް ކޯޓު
ފަހުގެ ޙުކުމެއްގައި ޙަވާލާދީފައެއް ނުފެނޭޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 28 ސެޕްޓެމްބަރު 2011ބާވަތް: Election Matterއިންތިޚާބީ މައްސަލަ

ޚުލާޞާ

ޚުލާޞާ ނެތް.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
—
ފަހުގެ ތާރީޚު
—

ނިންމުން

—

ކޯ ޓާމްސް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

މި ލިޔުމުން އުޞޫލެއް ނުނެގުނު.

ފަނޑިޔާރުން

ބެންޗު
—
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާ

ޤަޟިއްޔާ ނަންބަރު: 2011/SC-E/28

ދަޢުވާކުރާ ފަރާތް: އިލެކްޝަންސް ކޮމިޝަން

ދަޢުވާލިބޭ ފަރާތް: ޙަސަން ސަޢީދު

މައްސަލައިގެ ބާވަތް: ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާގުޅޭ

މައްސަލަ އައިގޮތް: އިންތިޚާބަށް ކުރިމަތިލުމުގެ ޝަރުޠާބެހޭ ގޮތުން މައްސަލަ ހުށަހެޅުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމުން

ހުށަހެޅުނު ތާރީޚް: 13 އޭޕްރީލް 2011

ނިމުނު ތާރީޚް: 28 ސެޕްޓެމްބަރ 2011

މައްސަލަ ނިންމި ގަޑި: 11:20

މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:

އުއްތަމަ ފަނޑިޔާރު އަޙްމަދު ފާއިޒު ޙުސައިން، ފަނޑިޔާރު ޢަބްދުﷲ ސަޢީދު، ފަނޑިޔާރުޢަބްދުﷲ ޢަރީފް، ފަނޑިޔާރު ޢަލީ ޙަމީދު މުޙައްމަދު، ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ، ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ، ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާނު

މައްސަލައިގެ ޚުލާޞާ

މިޤަޟިއްޔާއަކީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2011 ގައި ޏ. ފުވައްމުލަކު މެދު ދާއިރާއިން އަތޮޅު ކައުންސިލްގެ މެންބަރުކަމަށް ހޮވިފައިވާ އެރަށު އެއްގަމިގެ ޙަސަން ސަޢީދަކީ ޏ. ފުވައްމުލަކު ކޯޓުގެ ނަންބަރު 343/RIC-3/2010 ގެ ޤަޟިއްޔާއިން ސާބިތު ދަރަންޏެއް ޝަރީޢަތަށް ސާބިތުވެފައިވާ މީހަކަށްވެފައި، އެ ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމްގައި ވާގޮތުގެ މަތިން ޙަސަން ސަޢީދު އެ ދަރަނި ދައްކަމުން ނުދާކަން އެންގެން އޮންނާތީ، އެ ސަބަބަށްޓަކައި ޙަސަން ސަޢީދުގެ ލޯކަލް ކައުންސިލްގެ މެންބަރުކަން ބާޠިލުވާނެކަމެއް ކަމަށް ބުނެ، އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ.

ފާހަގަ ކުރެވުނު ނުކުތާތައް

މިމައްސަލައާއި ގުޅިގެން ދެފަރާތުން ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅިފައިވާ ލިޔުންތަކަށާއި، މިބާވަތުގެ މައްސަލަތަކާގުޅިގެން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމާފައިވާ ނިންމުންތަކުގެމައްޗަށާއި، ކަމާބެހޭ ޤާނޫނުތަކަށާއި، ސުޕްރީމް ކޯޓަށް ލިބިގެންވާ ޤާނޫނުއަސާސީއާއި ޤާނޫނުގެ ބެލެނިވެރިކަމުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނައި ބެލިއިރު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.

(ހ) ފުރަތަމަކަމަކީ، ލޯކަލް ކައުންސިލެއްގެ މެމްބަރުކަމަށް ކުރިމަތިލާ މީހެއްގައި އަންނަނިވި ޝަރުޠުތައް ފުރިހަމަވާންވާނެކަމަށް ޤާނޫނު ނަންބަރު 2010/10 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ (ހ) ގައި ބުނުމާއިއެކު އަންނަނިވި ޙާލަތްތަކުގެ ތެރެއިން ޙާލަތެއްގައިވާ މީހަކަށް، ލޯކަލް ކައުންސިލް އިންތިޚާބުގައި ބައިވެރިނުވެވޭނެކަމަށް އެމާއްދާގެ (ނ) ގައި ސާފުބަހުން ބަޔާންކޮށްފައިވާކަން ފާހަގަކުރެވިފައިވާ އިރު، ބުނެވިދިޔަ ޤާނޫނު ނަންބަރު 2010/10 ގެ 12 ވަނަ މާއްދާގެ (ނ) ގެ 1 ގައި "އަދާކުރަންޖެހޭ ސާބިތު ދަރަންޏެއްއޮތް މީހަކުނަމަ، ޙުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުންނުދާ މީހަކު ކަމުގައިވުން" މިފަދައިން ކަނޑައަޅާ ބަޔާންކޮށްފައިވާކަން ފާހަގަކުރެވިފައި އޮންނަ އޮތުމެވެ.

(ށ) ދެވަނަކަމަކީ، މީލާދީ ސަނަތުން 2011 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 5 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2011 ގައި ބައިވެރިވެ ޏ. ފުވައްމުލަކު މެދު ދާއިރާއިން އަތޮޅު ކައުންސިލްގެ މެންބަރުކަމަށް ހޮވިފައިވީނަމަވެސް، ޙަސަން ސަޢީދަކީ ސާބިތު ދަރަންޏެއް ޝަރީޢަތަށް ސާބިތުވެފައިވާ މީހެއްކަން ޏ. ފުވައްމުލަކު ކޯޓުގެ ނަންބަރު 343/RIC-3/2010 ގެ ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން އެނގެން އޮތްއިރު، އެ ޤަޟިއްޔާގެ ޙުކުމަށް ބަދަލު އައިސްފައިނުވާކަމާއި، ޙަސަން ސަޢީދުގެ މައްޗަށް ސާބިތުވެފައިވާ ދަރަނި ޏ. ފުވައްމުލަކު ކޯޓަށް ދައްކާފައިވަނީ 30 ޖެނުއަރީ 2011 ވަނަ ދުވަހުކަން ޏ. ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު AC/141/2011-RIC މެސެޖް ފޯމުން އެނގެން އޮތުމުން ޙަސަން ސަޢީދު އެ ދަރަނި ދެއްކިކަމުގައި ވިޔަސް ދައްކާފައިވަނީ ބުނެވިދިޔަ ނަންބަރު 343/RIC-3/2010 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމްގައި ވާގޮތަށް ނޫންކަން ރަނގަޅަށް އެނގެން އޮތުމެވެ.

(ނ) ތިންވަނަކަމަކީ، މީލާދީ ސަނަތުން 2011 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 5 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ޏ. ފުވައްމުލަކު މެދު ދާއިރާ އަތޮޅު ކައުންސިލްގެ މެންބަރުކަމަށް ހޮވިފައިވީނަމަވެސް، ޙަސަން ސަޢީދުގެ މައްޗަށް ސާބިތު ދަރަންޏެއް ޝަރީޢަތަށް ސާބިތުވެ ޙުކުމާ އެއްގޮތަށް ޙަސަން ސަޢީދު އެ ދަރަނި އަދާކުރަމުން ގޮސްފައިނުވާކަން ރަނގަޅަށް އެނގެން އޮތްއިރު، އެ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ކިބައިގައި ހުރުން ޤާނޫނު ނަންބަރު 2010/10 ގެ 12 ވަނަ މާއްދާގެ (ނ) ގެ 1 ވަނަ ނަންބަރުގައި ބުނެފައިވާ އަދާކުރަންޖެހޭ ސާބިތު ދަރަންޏެއްއޮތް މީހަކުނަމަ، ޙުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުންދާ މީހެއްކަމުގައިވުމުގެ ޝަރުޠު، 25 ނޮވެމްބަރ 2011 ވަނަ ދުވަހު ލޯކަލް ކައުންސިލް އިންތިޚާބަށް ކުރިމަތިލިއިރު ޙަސަން ސަޢީދުގެ ކިބައިގައި ފުރިހަމަނުވާކަން އިސްވެ އިޝާރާތްކުރެވުނު ލިޔުންތަކުން އެންގެން އޮންނާތީ، ޙަސަން ސަޢީދަކީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ މެންބަރުކަމަށް ކުރިމަތިލީއިރުވެސް ޤާނޫނު ނަންބަރު 10/2010 ގެ 12 ވަނަ މާއްދާގެ (ނ) ގެ 4 ގައި ބަޔާންކޮށްފައިވާ ޝަރުޠު ފުރިހަމަނުވާ މީހެއްކަން ފާހަގަކުރެވިފައި އޮންނަ އޮތުމެވެ.

ޙުކުމް:

އިސްވެ ބަޔާންވެދިޔަ ސަބަބުތައް އެގޮތުގެ މަތިން ހުރުމުގެ އިތުރަށް، މިބާވަތުގެ މައްސަލަތަކުގައި ދިވެހިރާއްޖޭގައި ޢަމަލުކުރަންޖެހޭ އުޞޫލު ދިވެހިރާއްޖޭ ސުޕްރީމް ކޯޓުގެ ނަންބަރު 2011/SC-E/04 ޤަޟިއްޔާއާއި، ނަންބަރު 2011/SC-E/06 ޤަޟިއްޔާއިން ކަނޑައެޅި ކަނޑައެޅުމުގައި، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ކިބައިގައި ހުރުން ޤާނޫނު ނަންބަރު 2010/10 އިން ލާޒިމްކުރާ އެއްވެސް ޝަރުޠެއް ފުރިހަމަނުވާ ފަރާތެއް އެ އިންތިޚާބުގައި ވާދަކޮށް، މެންބަރުކަމަށް ހޮވިފައިވީ ކަމުގައިވިއަސް، އެފަރާތަކީ ލޯކަލް ކައުންސިލްގެ މެންބަރުކަމަށް ޝަރުޠު ހަމަނުވާ ފަރާތެއްކަމަށް ބަލާ، އެ ދާއިރާއަކުން އެ ފަރާތެއް އިންތިޚާބުވި އިންތިޚާބުވުން ޤާނޫނީގޮތުން ބާޠިލުވާނެކަމަށް ކަނޑައަޅާފައިވާތީ، ޙަސަން ސަޢީދަކީ ޤާނޫނު ނަންބަރު 2010/10 ގެ ދަށުން އިންތިޚާބުވެފައިވާ ޏ. ފުވައްމުލަކު އަތޮޅު ކައުންސިލްގެ މެންބަރެއްކަމަށް ޤާނޫނީގޮތުން ބެލެވޭނެ ތަނެއް ނެތްކަމަށް ޙުކުމް ކޮށްފީމެވެ.

އުއްތަމަ ފަނޑިޔާރު އަޙްމަދު ފާއިޒު ޙުސައިން

ފަނޑިޔާރު ޢަބްދުﷲ ސަޢީދު ފަނޑިޔާރު ޢަބްދުﷲ ޢަރީފް

ފަނޑިޔާރު ޢަލީ ޙަމީދު މުޙައްމަދު ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ

ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާނުޝަ

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ޝެއަރ ކުރައްވާ