ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތައް

Maldives Legal Precedents

Saeed Lex
2012/SC-E/17ސުޕްރީމް ކޯޓު · 4 ޑިސެމްބަރު 2012

—

ސުޕްރީމް ކޯޓު
1 ޙުކުމެއްގައި ޙަވާލާދީފައިޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 4 ޑިސެމްބަރު 2012ބާވަތް: އިންތިޚާބީ

ޚުލާޞާ

ޚުލާޞާ ނެތް.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
—
ފަހުގެ ތާރީޚު
—

ނިންމުން

—

ކޯ ޓާމްސް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

މި ލިޔުމުން އުޞޫލެއް ނުނެގުނު.

ފަނޑިޔާރުން

ބެންޗު
—
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާ

ޤަޟިއްޔާ ނަންބަރު: 2012/SC-E/17

ދަޢުވާކުރާ ފަރާތް: ހުސައިން ޝިހާމް

ދަޢުވާ ލިބޭ ފަރާތް: އިލެކްޝަންސް ކޮމިޝަން

މައްސަލައިގެ ބާވަތް: ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާގުޅޭ

މައްސަލަ އައިގޮތް: އިންތިޚާބަށް ކުރިމަތިލުމުގެ ޝަރުޠާބެހޭ ގޮތުން މައްސަލަ ހުށަހެޅުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމުން

ހުށަހެޅުނު ތާރީޚް: 27 ޖޫން 2011

ރަޖިސްޓްރީ ކުރެވުނު ތާރީޚް: 06 އޯގަސްޓް 2012

ނިމުނު ތާރީޚް: 04 ޑިސެމްބަރ 2012

މައްސަލަ ނިންމި ގަޑި: 13:15

މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:

އުއްތަމަ ފަނޑިޔާރު އަޙްމަދު ފާއިޒު ޙުސައިން، ފަނޑިޔާރު ޢަބްދުﷲ ސަޢީދު، ފަނޑިޔާރު ޢަބްދުﷲ ޢަރީފް، ފަނޑިޔާރު ޢަލީ ޙަމީދު މުޙައްމަދު، ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ، ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ، ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާނު

މައްސަލައިގެ ޚުލާޞާ

މިޤަޟިއްޔާއަކީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2011 ގައި ރ. އުނގޫފާރު ރަށު ކައުންސިލްގެ މެންބަރުކަމަށް ކުރިމަތިލާފައިވާ ޢަބްދުއްނާސިރު ޢަލީ ގެ މައްޗަށް ރ. އުނގޫފާރު ކޯޓުގެ ނަންބަރު 1/E.7.C/92 ޤަޟިއްޔާއިން ދަރަނި ސާބިތުވެފައިވާއިރު، ޙުކުމާ އެއްގޮތަށް ދަރަނި އަދާކުރަމުން ނުދިއުމަކީ، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ވާދަކުރުމުގެ ޙައްޤު ގެއްލިގެންދާކަމެއްކަމަށް ޤާނޫނު ނަންބަރު 2010/10 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގައި ކަނޑައެޅިފައިވާކަމަށް ބުނެ، ޢަބްދުއްނާޞިރު ޢަލީ އަކީ، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2011 ގައި ބައިވެރިވުމުގެ ޝަރުޠު ފުރިހަމަނުވާ މީހެއްކަމަށް ކަނޑައަޅައިދިނުމަށާ، ޢަބްދުއްނާޞިރު ޢަލީ، ރ. އުނގޫފާރު ރަށު ކައުންސިލަށް އިންތިހާބުވެފައިވުން ބާޠިލްކޮށްދެއްވުން އެދި ހުސައިން ޝިހާމް ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ.

ފާހަގަ ކުރެވުނު ނުކުތާތައް.

މިމައްސަލައާ ގުޅިގެން ދެފަރާތުން ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅިފައިވާ ލިޔުންތަކަށާއި، ކަމާބެހޭ ޤާނޫނުތަކަށާއި، ސުޕްރީމް ކޯޓަށް ލިބިގެންވާ ޤާނޫނުއަސާސީއާއި ޤާނޫނުގެ ބެލެނިވެރިކަމުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނައިބެލިއިރު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.

(ހ) ފުރަތަމަ ކަމަކީ، ލޯކަލް ކައުންސިލެއްގެ މެމްބަރުކަމަށް ކުރިމަތިލާ މީހެއްގައި އަންނަނިވި ޝަރުޠުތަށް ފުރިހަމަވާންވާނެކަމަށް ޤާނޫނު ނަންބަރު 2010/10 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ (ހ) ގައި ބުނުމާއެކު އަންނަނިވި ޙާލަތްތަކުގެ ތެރެއިން ޙާލަތެއްގައިވާ މީހަކަށް، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ބައިވެރިނުވެވޭނެކަމަށް އެމާއްދާގެ (ނ) ގައި ސާފުބަހުން ބަޔާންކޮށްފައިވާކަން ފާހަގަކުރެވިފައިވާ އިރު، ބުނެވިދިޔަ ޤާނޫނު ނަންބަރު 2010/10 ގެ 12 ވަނަ މާއްދާގެ (ނ) ގެ 1 ގައި "އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކުނަމަ، ޙުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުން ނުދާ މީހަކު ކަމުގައިވުން" މިފަދައިން ކަނޑައަޅައި، ބަޔާންކޮށްފައިވާކަން ފާހަގަކުރެވިފައިވުމެވެ.

(ށ) ދެވަނަ ކަމަކީ، ޢަބްދުއްނާސިރު ޢަލީގެ ދާއިމީ އެޑްރެސް އިން އަށް ބަދަލުވެފައިވާކަމާ، މީލާދީ ސަނަތުން 2011 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 5 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2011 ގައި ބައިވެރިވެ ރ. އުނގޫފާރު ރަށު ކައުންސިލްގެ މެންބަރުކަމަށް ޢަބްދުއްނާޞިރު ޢަލީ ހޮވިފައިވީނަމަވެސް، ޢަބްދުއްނާޞިރު ޢަލީ އަކީ، ރ. އުނގޫފާރު ކޯޓުގެ ނަންބަރު 1/E.7.C/92 ޤަޟިއްޔާއިން އޭނާގެ މައްޗަށް ސާބިތުވެފައިވާ ދަރަންޏެއް އޮތްކަމަށް ބުނެ އެ ޤަޟިއްޔާގެ ރިޕޯޓް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާކަން އެނގެން އޮންނަ އޮތުމެވެ.

(ނ) ތިންވަނަ ކަމަކީ، ޢަބްދުއްނާސިރު ޢަލީ ސަރުކާރަށް ދައްކަންޖެހޭ ފައިސާއެއް ނުދައްކާއޮތް ކަމަށް މި ޤަޟިއްޔާގައި ދަޢުވާކުރާ ޙުސައިން ޝިޙާމް ބުނެފައިވާއިރު، އެކަން ސާބިތުކުރުމަށްޓަކައި ބޭނުންވާ ހެކި ޙުސައިން ޝިހާމް އަށް ޝަރީޢަތަށް ހުށަހެޅިފައިނުވާކަމާއި، އެ ފައިސާއަކީ ދައުލަތަށް ލިބެންޖެހޭ ފައިސާއަކަށްވެފައި، އެ މުޢާމަލާތާ ބެހޭ ލިޔެކިއުން ބެލެހެއްޓުމާއި، އެ ފައިސާ ހޯދުމަށްޓަކައި ދަޢުވާކުރުމާއި، މިކަންކަމަކީ ދައުލަތުގެ ފަރާތުން ކުރަންޖެހޭ ކަމަކަށްވާއިރު އެފަރާތުގައިވެސް އެ މުޢާމަލާތާ ބެހޭގޮތުން ކަނޑައެޅިގެން ވަކިގޮތަކަށް ބުރަވެވޭފަދަ ހަރުދަނާ މަޢުލޫމާތެއް ނެތްކަން މާޅޮސްމަޑުލު އުތުރުބުރީ ކައުންސިލްގެ އިދާރާގެ ނަންބަރު 229-G/MIS/2011/46 ސިޓީގައި އެނގެން އޮތްއިރު އެ ފައިސާ ޢަބްދުއްނާސިރު ޢަލީ ދައްކާ ޚަލާޞްކޮށްފައިނުވާކަން ކަނޑައެޅިގެން ބެލެވޭނެ ސަބަބެއް އޮތް ކަމަކަށް މި ޙާލަތުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ނުފެނެއެވެ.

ޙުކުމް:

އިސްވެ ބަޔާންވެދިޔަ ސަބަބުތައް އެގޮތުގެ މަތިން ހުރުމާއެކު، ޢަބްދުއްނާޞިރު ޢަލީ އަކީ، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2011 ގައި ބައިވެރިވުމުގެ ޝަރުޠު ފުރިހަމަނުވާ މީހެއްކަމަށް ކަނޑައަޅާނެ ތަނެއް ނެތްކަމަށާ، ޢަބްދުއްނާޞިރު ޢަލީ، ރ. އުނގޫފާރު ރަށު ކައުންސިލަށް އިންތިޚާބުވެފައިވުން ބާޠިލްކުރާނެ ތަނެއް ނެތްކަމަށް ކަނޑައަޅައި ޙުކުމްކޮށްފީމެވެ.

އުއްތަމަ ފަނޑިޔާރު އަޙްމަދު ފާއިޒު ޙުސައިން

ފަނޑިޔާރު ޢަބްދުﷲ ސަޢީދު

ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ

ފަނޑިޔާރު ޢަބްދުﷲ ޢަރީފް

ފަނޑިޔާރު ޢަލީ ޙަމީދު މުޙައްމަދު

ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ

ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާނު

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ޝެއަރ ކުރައްވާ