ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތައް

Maldives Legal Precedents

Saeed Lex
2012/SC-E/18ސުޕްރީމް ކޯޓު · 3 ފެބުރުއަރީ 2011

—

ސުޕްރީމް ކޯޓު
ފަހުގެ ޙުކުމެއްގައި ޙަވާލާދީފައެއް ނުފެނޭޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 3 ފެބުރުއަރީ 2011ބާވަތް: އިންތިޚާބީ

ޚުލާޞާ

ޚުލާޞާ ނެތް.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
—
ފަހުގެ ތާރީޚު
—

ނިންމުން

—

ކޯ ޓާމްސް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

މި ލިޔުމުން އުޞޫލެއް ނުނެގުނު.

ފަނޑިޔާރުން

ބެންޗު
—
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާ

ޤަޟިއްޔާ ނަންބަރު: 2012/SC-E/18

ދަޢުވާކުރާ ފަރާތް: ޝާޠިރު ޢަބްދުއްރަޙްމާން، ބޯގަންވިލާ

ދަޢުވާ ލިބޭ ފަރާތް: އިލެކްޝަންސް ކޮމިޝަން

މައްސަލައިގެ ބާވަތް: ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާގުޅޭ

މައްސަލަ އައިގޮތް: އިންތިޚާބަށް ކުރިމަތިލުމުގެ ޝަރުޠާބެހޭ ގޮތުން މައްސަލަ ހުށަހެޅުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމުން

ހުށަހެޅުނު ތާރީޚް: 18 ޖުލައި 2012

ރަޖިސްޓްރީކުރެވުނު ތާރީޚް: 08 އޯގަސްޓް 2012

ނިމުނު ތާރީޚް: 03 ޑިސެމްބަރ 2012

މައްސަލަ ނިންމި ގަޑި: 11:55

މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:

އުއްތަމަ ފަނޑިޔާރު އަޙްމަދު ފާއިޒު ޙުސައިން، ފަނޑިޔާރު ޢަބްދުﷲ ސަޢީދު، ފަނޑިޔާރު ޢަބްދުﷲ ޢަރީފް، ފަނޑިޔާރު ޢަލީ ޙަމީދު މުޙައްމަދު، ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ، ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ، ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާނު

މައްސަލައިގެ ޚުލާޞާ

މިޤަޟިއްޔާއަކީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2011 ގައި ދ. ކުޑަހުވަދޫ ދާއިރާއިން އަތޮޅު ކައުންސިލްގެ މެންބަރުކަމަށް ހޮވިފައިވާ ދ. ކުޑަހުވަދޫ، ފަލަކް (ދ. ގެމެންދޫ، މުގުރިގެ) އިސްމާޢީލް ސަޢީދުގެ މައްޗަށް ކުރީގެ ފުލުސް ކޯޓުގެ ނަންބަރު 686/FC/84 ގެ ޤަޟިއްޔާއިން ޚިޔާނާތްތެރިވުމުގެ ކުށް ޝަރީޢަތަށް ސާބިތުވެފައިވުމަކީ، އިސްމާޢީލް ސަޢީދުގެ ލޯކަލް ކައުންސިލް މެންބަރުކަން ބާޠިލުވާނެކަމެއް ކަމަށް ބުނެ، ދ. ކުޑަހުވަދޫ، ބޯގަންވިލާ ޝާޠިރު ޢަބްދުއްރަޙްމާންގެ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ.

ފާހަގަ ކުރެވުނު ނުކުތާތައް

މި މައްސަލައާއި ގުޅިގެން ދެފަރާތުން ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅިފައިވާ ލިޔުންތަކަށާއި، މިބާވަތުގެ މައްސަލަތަކާގުޅިގެން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމާފައިވާ ނިންމުންތަކުގެ މައްޗަށާއި، ކަމާބެހޭ ޤާނޫނުތަކަށާއި، ސުޕްރީމް ކޯޓަށް ލިބިގެންވާ ޤާނޫނުއަސާސީއާއި ޤާނޫނުގެ ބެލެނިވެރިކަމުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނައިބެލިއިރު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައި ވެއެވެ.

(ހ) ފުރަތަމަ ކަމަކީ، ލޯކަލް ކައުންސިލެއްގެ މެންބަރުކަމަށް ކުރިމަތިލާ މީހެއްގައި އަންނަނިވި ޝަރުޠުތަށް ފުރިހަމަވާންވާނެކަމަށް ޤާނޫނު ނަންބަރު 2010/10 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ (ހ) ގައި ބުނުމާއިއެކު އަންނަނިވި ޙާލަތްތަކުގެ ތެރެއިން ޙާލަތެއްގައިވާ މީހަކަށް، ލޯކަލް ކައުންސިލް އިންތިޚާބުގައި ބައިވެރި ނުވެވޭނެކަމަށް އެ މާއްދާގެ (ނ) ގައި ސާފުބަހުން ބަޔާންކޮށްފައިވާކަން ފާހަގަކުރެވިފައިވާއިރު، ބުނެވިދިޔަ ޤާނޫނު ނަންބަރު 2010/10 ގެ 12 ވަނަ މާއްދާގެ (ނ) ގެ 4 ގައި "އިސްލާމްދީނުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށެއް ނުވަތަ ޚިޔާނާތުގެ ކުށެއް ނުވަތަ ރިޝްވަތުގެ ކުށެއް ނުވަތަ މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގެ ނުވަތަ މަސްތުވާތަކެތި ބޭނުންކުރުމުގެ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހެއްކަމުގައިވުން" މިފަދައިން ކަނޑައަޅާ ބަޔާންކޮށްފައިވާކަން ފާހަގަކުރެވިފައި އޮންނަ އޮތުމެވެ.

(ށ) ދެވަނަ ކަމަކީ، އިސްމާޢީލް ސަޢީދުގެ ދާއިމީ އެޑްރެސް ދ. ގެމެންދޫ މުގުރިގެ، އިން ދ. ކުޑަހުވަދޫ ފަލަކް އަށް ބަދަލުވެފައިވާކަމާ، ކުރީގެ ފުލުސް ކޯޓުގެ ނަންބަރު 84/FC/686 ޤަޟިއްޔާ ސުޕްރީމް ކޯޓުން ބަލައި ދިރާސާކުރިއިރު، އެ ޤަޟިއްޔާއަކީ ދ. ގެމެންދޫ މުގުރިގެ އިސްމާޢީލް ސަޢީދުގެ މައްޗަށް ދަޢުވާލިބޭ ޤަޟިއްޔާއެއްކަމާއި، އެ ޤަޟިއްޔާއިން އިސްމާޢީލް ސަޢީދުގެ މައްޗަށް ޙިޔާނާތުގެ ކުށް ސާބިތުވެފައިވާކަން އެނގެން އޮންނަ އޮތުމެވެ.

(ނ) ތިންވަނަ ކަމަކީ، މީލާދީ ސަނަތުން 2011 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 5 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2011 ގައި ބައިވެރިވެ ދ. ކުޑަހުވަދޫ ދާއިރާއިން އަތޮޅު ކައުންސިލުގެ މެންބަރުކަމަށް ހޮވިފައިވީނަމަވެސް، އިސްމާޢީލް ސަޢީދަކީ ޙިޔާނާތުގެ ކުށް ސާބިތުވުމާގުޅިގެން ކުރީގެ ފުލުސް ކޯޓުގެ ނަންބަރު 84/FC/686 ގެ ޤަޟިއްޔާއިން 1 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށް އަރުވާލުމަށް ޙުކުމްކޮށްފައިވާ މީހެއްކަން ކުރީގެ ފުލުސް ކޯޓުގެ ނަންބަރު84/FC/686 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން އެނގެން އޮތްއިރު އެ ޤަޟިއްޔާގެ ޙުކުމަށް ބަދަލު އައިސްފައިނުވާކަން އެނގެން އޮންނަ އޮތުމެވެ.

(ރ) ހަތަރުވަނަ ކަމަކީ، މީލާދީ ސަނަތުން 2011 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 5 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ދ. ކުޑަހުވަދޫ ދާއިރާގެ އަތޮޅު ކައުންސިލްގެ މެންބަރުކަމަށް ހޮވިފައިވީނަމަވެސް، އިސްމާޢީލް ސަޢީދުގެ މައްޗަށް ޚިޔާނާތުގެ ކުށް ޝަރީޢަތަށް ސާބިތުވެފައިވީހިނދު، މި އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ކިބައިގައި ހުރުން ޤާނޫނު ނަންބަރު 2010/10 ގެ 12 ވަނަ މާއްދާގެ (ނ) ގެ 4 ވަނަ ނަންބަރުގައި ބުނެފައިވާ ޚިޔާނާތުގެ ކުށެއް ޝަރީޢަތަށް ސާބިތުވެފައިވާ މީހެއްކަމުގައި ނުވުމުގެ ޝަރުޠު، ދ. ކުޑަހުވަދޫ، ފަލަކް އިސްމާޢީލް ސަޢީދުގެ ކިބައިގައި ފުރިހަމަނުވާކަން ކުރީގެ ފުލުސް ކޯޓުގެ ނަންބަރު84/FC/686 ޤަޟިއްޔާއިން ސާބިތުވެ އެނގެން އޮންނާތީ، އިސްމާޢީލް ސަޢީދަކީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ މެންބަރުކަމަށް ކުރިމަތިލީއިރުވެސް ޤާނޫނު ނަންބަރު 10/2010 ގެ 12 ވަނަ މާއްދާގެ (ނ) ގެ 4 ގައި ބަޔާންކޮށްފައިވާ ޝަރުތު ފުރިހަމަނުވާ މީހެއްކަން އެނގެން އޮންނަ އޮތުމެވެ.

ޙުކުމް:

އިސްވެ ބަޔާންވެދިޔަ ސަބަބުތައް އެގޮތުގެ މަތިން ހުރުމުގެ އިތުރަށް މިބާވަތުގެ މައްސަލަތަކުގައި ދިވެހިރާއްޖޭގައި ޢަމަލުކުރަންޖެހޭ އުޞޫލު ދިވެހިރާއްޖޭ ސުޕްރީމް ކޯޓުގެ ނަންބަރު 2011/SC-E/04 ޤަޟިއްޔާއާއި، ނަންބަރު 2011/SC-E/06 ޤަޟިއްޔާއިން ކަނޑައެޅި ކަނޑައެޅުމުގައި، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ކިބައިގައި ހުރުން ޤާނޫނު ނަންބަރު 2010/10 އިން ލާޒިމްކުރާ އެއްވެސް ޝަރުޠެއް ފުރިހަމަނުވާ ފަރާތެއް އެ އިންތިޚާބުގައި ވާދަކޮށް މެންބަރުކަމަށް ހޮވިފައިވީ ކަމުގައިވިއަސް، އެ ފަރާތަކީ ލޯކަލް ކައުންސިލްގެ މެންބަރުކަމަށް ޝަރުޠު ހަމަނުވާ ފަރާތެއްކަމަށް ބަލާ، އެ ދާއިރާއަކުން އެ ފަރާތެއް އިންތިޚާބުވި އިންތިޚާބުވުން ޤާނޫނީގޮތުން ބާޠިލުވާނެކަމަށް ކަނޑައަޅާފައިވާތީ، ދ. ކުޑަހުވަދޫ، ފަލަކް އިސްމާޢީލް ސަޢީދަކީ ޤާނޫނު ނަންބަރު 2010/10 ގެ ދަށުން އިންތިޚާބުވެފައިވާ ދ. އަތޮޅު އަތޮޅު ކައުންސިލްގެ މެންބަރެއްކަމަށް ޤާނޫނީގޮތުން ބެލެވޭނެ ތަނެއް ނެތްކަމަށް ޙުކުމް ކޮށްފީމެވެ.

އުއްތަމަ ފަނޑިޔާރު އަޙްމަދު ފާއިޒު ޙުސައިން

ފަނޑިޔާރު ޢަބްދުﷲ ސަޢީދު

ފަނޑިޔާރު ޢަބްދުﷲ ޢަރީފް

ފަނޑިޔާރު ޢަލީ ޙަމީދު މުޙައްމަދު

ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ

ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ

ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާނުޝ

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ޝެއަރ ކުރައްވާ