—
ޚުލާޞާ
ޚުލާޞާ ނެތް.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- —
- ފަހުގެ ތާރީޚު
- —
ނިންމުން
—
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
މި ލިޔުމުން އުޞޫލެއް ނުނެގުނު.
ފަނޑިޔާރުން
- ބެންޗު
- —
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާޤަޟިއްޔާ ނަންބަރު: 2014/SC-A/10
ދަޢުވާކުރާ ފަރާތް: މޫސާ ޙުސައިން
ދަޢުވާ ލިބޭ ފަރާތް: ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ
މައްސަލައިގެ ބާވަތް: ބަދަލުހޯދުން
ހުށަހެޅުނު ތާރީޚް: 05 ޖެނުއަރީ 2014
ރަޖިސްޓްރީކުރެވުނު ތާރީޚް: 21 ޖެނުއަރީ 2014
ނިމުނު ތާރީޚް: 9 ނޮވެންބަރު 2015
މައްސަލަ ނިންމި ގަޑި: 14:15
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް: ފަނޑިޔާރު އަލްއުސްތާޛު އާދަމް މުޙައްމަދު ޢަބްދުﷲ، ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ޢަރީފް، ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ
އިސްތިއުނާފްކުރެވުނު ޤަޟިއްޔާ
ނަންބަރު: 2013/HC-A/12
ނިންމެވި ކޯޓު: ހައިކޯޓު
ހުށަހެޅުނު ތާރީޚް: 01 ނޮވެންބަރު 2012
ނިމުނު ތާރީޚް: 18 އޯގަސްޓް 2013
ފާހަގަ ކުރެވުނު ނުކުތާތައް
1- މިއީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/12 ޤަޟިއްޔާގެ ޙުކުމް ބިނާވެފައިވަނީ ޝަރީޢަތާ ނުވަތަ ޤާނޫނާ ޚިލާފުވާގޮތަށްކަމަށް ބުނެ އެޤަޟިއްޔާ އިލްތިމާސްކޮށްދިނުން އެދި ހއ. އިހަވަންދޫ، ފީރޯޒްގެ މޫސާ ޙުސައިންގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ. މި ޤަޟިއްޔާގައި ދަޢުވާ ލިބުނީ ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ އަށެވެ. އަދި މި މައްސަލައަކީ، މި މައްސަލައިގެ ބާވަތަށް ބަލައި، އެޓަރނީ ޖެނެރަލްގެ އޮފީހުގެ ފަރާތުން މި މައްސަލައާ މެދު ދެކޭގޮތެއް ސާފުކުރަންޖެހޭ ބާވަތުގެ މައްސަލައެއް ކަމަށްވާތީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މި މައްސަލައަށް ތަދައްޚުލްވުމުގެ ފުރުޞަތު އެޓަރނީ ޖެނެރަލްގެ އޮފީހަށް ލިބިދިނުމުން، އެ އޮފީހުން މި މައްސަލައިގައި ތަދައްޚުލް ވެފައިވެއެވެ.
2- ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/12 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލިއިރު، އެ ޤަޟިއްޔާއަކީ، ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 33/A7C/2010 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތް ނުވާކަމަށް ބުނެ އެޤަޟިއްޔާ އިސްތިއުނާފު ކޮށްދިނުން އެދި، ހއ. އިހަވަންދޫ ފީރޯޒްގެ މޫސާ ޙުސައިންގެ މައްޗަށް ދަޢުވާ ލިބޭގޮތަށް ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލް ގެ އިދާރާގެ ފަރާތުން އެޤަޟިއްޔާ އިސްތިއުނާފުކުރުމުން، ދިވެހިރާއްޖޭގެ ހައިކޯޓުން ބައްލަވައި، ނިންމަވާފައިވާ ޤަޟިއްޔާ އެއްކަން އެނގެއެވެ.
3- ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/12 ޤަޟިއްޔާގެ ދަށުން، އިސްތިއުނާފު ކުރެވުނު ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 33/A7C/2010 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލިއިރު، އެ ޤަޟިއްޔާއަކީ، ހއ. އިހަވަންދޫ ފީރޯޒްގެ މޫސާ ޙުސައިން، ހއ. އިހަވަންދޫގައި ހއ. އިހަވަންދޫ ދިލްކުޝާގެ މަންޞޫރު ރަޝީދުއަށް ދޫކޮށްފައިވާ ހަރުގެއެއްގައި ފެންޑާނެރެ އެ ހަރުގޭގައި ދެ އޮޑި ބަނުމަށް ފަށާފައިވަނިކޮށް އޭރު އިހަވަންދޫ އޮފީހުން މިހާރު އިހަވަންދޫ ކައުންސިލް އިދާރާގެ ފަރާތުން، އެ ހަރުގެއިން މޫސާ ޙުސައިން ނެރެފައިވާ ފުރާޅު ހަލާކު ކޮށްލުމުގެ ސަބަބުން މޫސާ ޙުސައިން ބަންނަން ފަށާފައިވާ ދެ އޮޑިއަށް ލިބިފައިވާ ގެއްލުމުގެ ބަދަލު ހޯދުމަށާއި، ހަލާކުކޮށްލި ހަރުގެ ހަދާފައިވާ ތަކެތީގެ އަގު ހޯދުމަށް ހއ.އިހަވަންދޫ ކައުންސިލްގެ އިދާރާގެ މައްޗަށް ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ މެޖިސްޓްރޭޓް ކޯޓް ގައި ހއ. އިހަވަންދޫ ފީރޯޒްގެ މޫސާ ޙުސައިން ދަޢުވާ ކުރުމުން އެކޯޓުން ބައްލަވައި ނިންމަވާފައިވާ ޤަޟިއްޔާއެއްކަމާއި
އެކޯޓުން އެ ޤަޟިއްޔާ ނިންމަވާފައިވަނީ އިސްލާމީ ޝަރީޢަތުގައި ނުވަތަ ޤާނޫނުގައި ނުވަތަ ޤާނޫނަކުން ބާރުލިބިގެން ހަދާ ޤަވާޢިދަކުން ކަނޑައެޅިގެން މަނާކޮށްފައިނުވާ ކޮންމެކަމެއް ކުރުމުގެ މިނިވަންކަން ކޮންމެ ރައްޔިތަކަށްމެ ލިބިގެންވާ ކަމަށާއި، އަދި ޤާނޫނަކުން ހުއްދަލިބިގެން މެނުވީ އެއްވެސް މީހަކުކުރާ އެއްވެސް ކަމަކަށް ހަމައެކަކުވިޔަސް ހުރަސްއަޅައި ހުއްޓުވައިގެން ނުވާނެކަމަށް ޤާނޫނުއަސާސީގެ 19 ވަނަ މާއްދާގައި ބަޔާންކޮށްފައިވާތީއާއި، ރައްޔިތުންގެ މައްޗަށް ކަމެއް މަނާކުރެވޭނީ ޤާނޫނަކުން ނުވަތަ ޤާނޫނަކުން ބާރު ލިބިގެން ހަދާ ޤަވާޢިދަކުން ކަމަށާއި، އަދި މަނާކޮށްފައިވާ ކަމެއް މީހަކު ކުރިނަމަވެސް ޢަދަބު ކަނޑައެޅޭނީ އެކަމެއް ކުރިމީހަކަށް ދޭންވާ ޢަދަބެއް ޤާނޫނެއް ނުވަތަ ޤަވާޢިދެއްގައި ބަޔާންކޮށް ޢާއްމުކޮށް ޝާއިޢު ކުރުމަށް ފަހުގައިކަމަށް ޤާނޫނުއަސާސީގެ 61 ވަނަ މާއްދާގައި ބަޔާންކޮށްފައިވާތީއާއި، ޤާނޫނަކުން ބާރު ލިބިގެން މެނުވީ ދައުލަތުގެ އެއްވެސް މުވައްޒަފަކު، އެއްވެސް މީހަކަށް އަމުރެއް ކޮށްގެން ނުވާނެކަމަށް ޤާނޫނުއަސާސީގެ 64 ވަނަ މާއްދާގައި ބަޔާންކޮށްފައިވާތީ، ހއ. އިހަވަންދޫ ދިލްކުޝާގެ މަންޞޫރު ރަޝީދުއަށް ދޫކޮށްފައިވާ ހަރުގެއާ ގުޅުވައި މޫސާ ޙުސައިން ހަރުގެއަޅައި އޮޑި ފަހަރު ބަންނަމުންދާ ދިއުން މަނާކޮށް، އެތަނުން އެ އޮޑި ފަހަރާއި އޮޑިފަހަރު ބަނުމަށް އަޅާފައިވާ ހަރުގެ ނެގުމަށް މޫސާ ޙުސައިންއަށް އެނގުމުގެ ބާރު ލިބިދޭ ފަދަ ޤާނޫނެއް ނުވަތަ ޤާނޫނަކުން ބާރު ލިބިގެން ހަދާފައިވާ ޤަވާޢިދެއް ނުވަތަ އެފަދަ އެހެން އެއްޗެއް ވިއަސް ދަޢުވާ ލިބޭ ފަރާތުން ހުށަހަޅާފައި ނުވާކަމަށާއި، މޫސާ ޙުސައިން ހަރުގެ އަޅައި އެތަނުގައި އޮޑިފަހަރު ބަންނަމުންދާ ދިއުމަކީ މަނާކޮށްފައިވާ ކަމެއްކަން ސާބިތުކުރުމަށް ކަމަށްބުނެ ދަޢުވާ ލިބޭ ފަރާތުން ހެއްކާއި ޤަރީނާގެ ގޮތުގައި ހުށަހަޅާފައިވާ ލިޔުންތަކަކީ އިހަވަންދޫގައި އޮޑި ހަރުގެވަޅު އެޅުމާއި އޮޑި ދޯނި ފަހަރު ބަނުމާބެހޭ ގޮތުން ހަދާފައިވާ ޤާނޫނެއް ނުވަތަ ޤާނޫނަކުން ބާރު ލިބިގެން ހަދާފައިވާ ޤަވާޢިދެއް ނުވަތަ އެފަދަ އެހެން އެއްވެސް އެއްޗެއް ނޫންކަން އެލިޔުން ތަކަށް ބެލުމުން އެނގެން އޮތް ހިނދު، އަދި މީސްމީހުންގެ މުދަލަކީ ނިގުޅައިގަނެގެން ވާނެ ތަކެތި ނޫންކަމަށާއި، ޢާއްމުވެގެންވާ މަންފާއަކަށްޓަކައި ޤާނޫނުގައި ކަނޑައެޅި ބަޔާންކޮށްފައިވާ ގޮތެއްގެމަތީން، އަދި އެކަމަށްޓަކައި ކޯޓަކުން ކުރާ ޙުކުމަކުން މެނުވީ އެއްވެސް މީހެއްގެ މުދަލެއް އެމީހެއްގެ ރުހުން ނެތި ދައުލަތަށް ނަގައިގެން ނުވާނެކަން ޤާނޫނުއަސާސީގެ 40 ވަނަ މާއްދާގެ (ށ) އިން އެނގޭތީއާއި، އަދި ޤާނޫނާ ޚިލާފަށް ހޯދާފައިވާ މުދަލާއި، ދުޝްމަނުންގެ މުދާވެސް ބަދަލު ދިނުމަކާ ނުލައި ނޫންގޮތަކަށް ކޯޓުގެ ޙުކުމެއް ނެތި ދައުލަތަށް ނުނެގުމަށް މި މާއްދާގެ (ނ) ގައި ބާރުއަޅާފައިވާކަން އެނގެން އޮންނާތީއާއި، އަދި މީހަކު ކުރި ކުށެއްގެ ބަދަލުގައި އެ މީހެއްގެ މުދާ ދައުލަތަށް ހިފައިގެން ނުވާނެކަމަށް ހަމަ މިމާއްދާގެ (ރ) ގައި ބަޔާންކޮށްފަވާއިރު، މޫސާ ޙުސައިން ދޯނިފަހަރު ބަނުމަށް އަޅާފައިވާ ހަރުގެ، ދޯނިފަހަރު ބަންނަމުން ދަނިކޮށް ހއ. އިހަވަންދޫ ކައުންސިލް އިދާރާގެ ފަރާތުން ރޫޅާލާފައިވަނީ ކޯޓުގެ ޙުކުމަކުން ނުވަތަ އަމުރަކުން ނޫންކަން ދަޢުވާލިބޭ ފަރާތުގެ އިޢުތިރާފުން އެނގޭތީ، މޫސާ ޙުސައިންގެ ހަރުގެ ރޫޅާލާފައިވުމުން މޫސާ ޙުސައިން އެ ހަރުގޭގައި ބަންނަމުން ދިޔަ ދޯނިފަހަރު ބަނދެ ނިންމުމަށް ހުރަސްއެޅިފައިވާތީ މޫސާ ޙުސައިންއަށް ލިބިފައިވާ މުދާ ހޯދުމާއި މުދާ ގެންގުޅުމުގެ ޙައްޤަށް އުނިކަން ލިބިފައިވާކަން އެނގެން އޮންނާތީއާއި، މޫސާ ޙުސައިންއަށް އޮޑި ހަރުގެ ރޫޅާލައި ބިން ސާފުކުރުމަށް އަންގާފައިވަނީ ދޯނިފަހަރުގެ މޯލްޑް ހެދުމަށްފަހު އެތެރެއިން ފިލާޖަހައި އޭގެމައްޗަށް ޖެލް އެޅުމަށްފަހު މެޓް ޖެހުމަށް ތައްޔާރު ކޮށްފައިވަނިކޮށް ކަމަށާއި، ހއ. އިހަވަންދޫ ކައުންސިލްގެ އިދާރާގެ ފަރާތުން ހަރުގެ ރޫޅާލުމަށް ފަހުވެސް އެ އޮޑިފަހަރަށް ލިބިދާނެ ގެއްލުމަކުން އޮޑިފަހަރު ސަލާމަތް ކުރުމަށް ކުރި މަސައްކަތަށް ދަޢުވާލިބޭ ފަރާތުން ހުރަސްއަޅައި، އޮޑިފަހަރާ ގާތްވުން ވެސް މަނާކޮށްފައިވާތީ އޮޑިފަހަރުގެ މޯލްޑާއި އޭގައި ޖަހާފައިވާ ފިލާވެސް އަލުން ބޭނުން ނުކުރެވޭގޮތް ވެފައިވާކަމަށާއި، މޫސާ ޙުސައިން އަޅާފައިވާ ހަރުގެ ހއ. އިހަވަންދޫ ކައުންސިލް އިދާރާގެ ފަރާތުން ރޫޅާލުމުގެ ސަބަބުން އެ ހަރުގެ ތަކުގައި ބަންނަމުން ދިއަ އޮޑިފަހަރު ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައިވާ ކަމަށް މޫސާ ޙުސައިން ބުނެފައިވާ ބުނުމަށް ދަޢުވާ ލިބޭ ފަރާތުން އިންކާރު ކޮށްފައިނުވާތީ، މޫސާ ޙުސައިން އަޅާފައިވާ ހަރުގޭގައި ބަންނަމުން ދިއަ އޮޑިފަހަރު ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައިވަނީ ހއ. އިހަވަންދޫ ކައުންސިލް އިދާރާގެ ފަރާތުން އެ ހަރުގެތައް ރޫޅާލުމުގެ ސަބަބުންކަން އެނގެން އޮންނާތީއާއި، މޫސާ ޙުސައިން އަޅާފައިވާ އޮޑިހަރުގެ، މޫސާ ޙުސައިން އޮޑިފަހަރު ބަންނަމުން ދަނިކޮށް ހއ. އިހަވަންދޫ ކައުންސިލްގެ އިދާރާގެ ފަރާތުން ރޫޅާލާފައިވާކަމަށާއި، އޮޑިހަރުގެ ރޫޅާލުމަށްފަހު ހަރުގެ އަޅާފައިވާ ތަކެއްޗާއި އެ ހަރުގެ ތަކުގައި ބަންނަމުން ދިއަ ދެ ދޯނި ނީލަމުގައި ވިއްކާލެވޭނެކަމަށާއި، ނީލަމުގައި އެތަކެތި ނަގާނެ ފަރާތެއް ނުވިނަމަ ކުނީގެ ގޮތުގައި ނައްތާލެވޭނެކަމަށް ދަޢުވާލިބޭ ފަރާތުން ބުނެފައިވާތީއާއި، ހަރުގެ ރޫޅާލުމަށްފަހު ހަރުގެ އަޅާފައިވާ ތަކެއްޗާއި، އެ ހަރުގެ ތަކުގައި ބަންނަމުންދިއަ ދޯނިފަހަރާމެދު ހއ. އިހަވަންދޫ ކައުންސިލްގެ އިދާރާގެ ފަރާތުން ޢަމަލުކޮށްފައިވާ ގޮތެއް ބަޔާންކޮށްދީފައި ނުވާތީ މޫސާ ޙުސައިން ހަރުގެ އަޅާފައިވާ ތަކެއްޗާއި ހަރުގޭގައި ބަންނަމުންދިއަ ދޯނި ފަހަރުގެ ޒިންމާ އުފުލަންޖެހޭ ފަރާތަކީ ހއ. އިހަވަންދޫ ކައުންސިލްގެ އިދާރާކަމަށާއި، މޫސާ ޙުސައިން އަޅާފައިވާ ދެހަރުގެ ހއ. އިހަވަންދޫ ކައުންސިލް އިދާރާގެ ފަރާތުން ރޫޅާލާފައިވަނީ ޤާނޫނާ ޚިލާފަށްކަމަށްވާތީއާއި، އެ ދެހަރުގެ ރޫޅާލުމުގެ ސަބަބުން އެ ދެ ހަރުގޭގައި ބަންނަމުންދިއަ ދެ ދޯނި ސަލާމަތްކުރުމަށް މޫސާ ޙުސައިން ކުރި މަސައްކަތަށް ދަޢުވާ ލިބޭ ފަރާތުން ހުރަސްއެޅުމުން ދެ ދޯނި ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައިވާތީ މިދެހަރުގެއާއި މި ދެހަރުގޭގައި ބަންނަމުންދިއަ ދެ ދޯނީގެ ބަދަލު، މޫސާ ޙުސައިން އަށް ހއ. އިހަވަންދޫ ކައުންސިލްގެ އިދާރާގެ ފަރާތުން ލިބިދޭންޖެހޭ ކަމަށް ކަނޑައަޅުއްވައި، މޫސާ ޙުސައިން އަޅާފައިވާ ދެހަރުގޭގެ ބަދަލުގެ ގޮތުގައި 80190.00 (އަށްޑިހަ ހާސް އެއްސަތޭކަ ނުވަދިހަ ޕޮއިންޓް ސުމެއް ސުމެއް) ރުފިޔާއާއި، އެ ދެހަރުގޭގައި ބަންނަމުންދިއަ ދެ ދޯނީގެ ބަދަލުގެ ގޮތުގައި 183127.50 (އެއްލައްކަ އަށްޑިހަ ތިންހާސް އެއްސަތޭކަ ހަތާވީސް ޕޮއިންޓް ފަހެއް ސުމެއް) ރުފިޔާއާއެކު ޖުމްލަ 263317.50 (ދެލައްކަ ފަސްދޮޅަސް ތިންހާސް ތިންސަތޭކަ ސަތާރަ ޕޮއިންޓް ފަހެއް ސުމެއް) ރުފިޔާ، ހއ. އިހަވަންދޫ ކައުންސިލްގެ އިދާރާގެ ފަރާތުން ލިބިދިނުމަށް އެދި މޫސާ ޙުސައިން ހުށަހަޅާފައިވީ ނަމަވެސް ބަދަލުގެ ގޮތުގައި ލިބިދިނުމަށް ހުށަހަޅާފައިވާ ޢަދަދަކީ އެކަމަށް މޫސާ ޙުސައިން ޚަރަދުކޮށްފައިވާ ޢަދަދެއްކަން މޫސާ ޙުސައިން އަށް އެޤަޟިއްޔާގައި ސާބިތު ކޮށްދެވިފައި ނުވާތީ އެ ބަދަލު މޫސާ ޙުސައިންއަށް އެޤަޟިއްޔާއިން ލިބިދިނުމަށް ކަނޑައަޅާނެ ތަނެއް ނެތްކަމަށާއި، ނަމަވެސް ބަދަލު ހޯދުމުގެ މައްސަލަ ހުށަހެޅުމުގެ ފުރުޞަތު މޫސާ ޙުސައިންއަށް އޮތްކަން އަންގަވައި ޙުކުމް ކުރައްވާފަކަމާއި،
މިކަންކަން އިސްވެ އިޝާރާތް ކުރެވުނު ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 33/A7C/2010 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތެއް ރިޕޯޓަށް ބެލުމުން އެނގެއެވެ.
4. ދިވެހިރާއްޖޭގެ ހައިކޯޓުން އެކޯޓުގެ ނަންބަރު 2013/HC-A/12 ޤަޟިއްޔާ ނިންމަވާފައިވަނީ، ތިލަދުންމަތީ އިހަވަންދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 33/A7C/2010 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމް ބާޠިލް ކުރައްވާފަކަން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/12 ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓަށް ބެލުމުން އެނގެއެވެ.
5. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/12 ޤަޟިއްޔާގައި އެކޯޓުން ކުރައްވާފައިވާ ޙުކުމް ބިނާވެފައިވަނީ ޝަރީޢަތާ ނުވަތަ ޤާނޫނާ ޚިލާފުވާގޮތަށް ކަމަށްބުނެ، މޫސާ ޙުސައިންގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މިޤަޟިއްޔާއަށް މައިގަނޑު 4 (ހަތަރު) ސަބަބެއް ހުށަހަޅައި ވާހަކަ ދައްކާފައިވެ އެވެ. އޭގެތެރެއިން :
ފުރަތަމަ ސަބަބަކީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/12 ޤަޟިއްޔާގެ ދަށުން ބެލެވުނު މައްސަލަ ހައިކޯޓަށް ހުށަހެޅުނު ހިނދު އެ މައްސަލަ ބަލައިގަނެ އަދި ރަޖިސްޓްރީ ކުރުމުގެ ކަންކަން ހިނގާފައިވަނީ ހައިކޯޓުގެ ޤަވާޢިދާ ޚިލާފަށް ކަމަށް ބުނެ ހުށަހެޅި ސަބަބެވެ.
ދެވަނަ ސަބަބަކީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/12 ޤަޟިއްޔާގައި ފާހަގަ ކުރެވުނު ނުކުތާތަކުގެ 3 ވަނަ ނުކުތާގެ (ރ) ގައި މޫސާ ޙުސައިން ހަދަމުންދާ ފެންޑާ ހަދާފައިވަނީ ޤާނޫނު ނަންބަރު 2002/1 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) ގެ ދަށުން އެކުލަވާލާފައިވާ "ދިރިއުޅުމަށް ދޫކުރާ ބަންޑާރަ ގޯތި ފިޔަވައި އެހެނިހެން ބޭނުންތަކަށް ސަރުކާރާއި އަމިއްލަ ފަރާތްތަކަށް ބިން ދޫކުރުމާ ބެހޭ ޤަވާއިދު" ގައި ބަޔާންވެގެންވާ އުޞޫލުތަކާއި އެކިއެކި ބޭނުންތަކަށް ހއ. އިހަވަންދޫގެ ބިން ބޭނުންކުރުމާ ގުޅޭގޮތުން އެރަށުގެ ރަށު އޮފީހުން ކަނޑައަޅާފައިވާ އުޞޫލުތަކާ ޚިލާފަށް ކަމަށް ބުނެ ފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށް ބުނެ ހުށަހެޅި ސަބަބެވެ.
ތިންވަނަ ސަބަބަކީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/12 ޤަޟިއްޔާގައި ފާހަގަ ކުރެވުނު ނުކުތާތަކުގެ 3 ވަނަ ނުކުތާގެ (އ) ގައި މޫސާ ޙުސައިންގެ ދެ އޮޑި ސަލާމަތްކުރުމަށް މޫސާ ޙުސައިންގެ ފަރާތުން ކުރީ ކޮން މަސައްކަތެއްކަން އަދި މިދެ އޮދި ސަލާމަތްކުރުމުގެ ގޮތުން މޫސާ ޙުސައިން ކުރިކަމަށް ބުނާ މަސައްކަތަށް ހުރަސްއެޅުމުގެ ގޮތުން ކަނޑައެޅިގެން ހއ. އިހަވަންދޫ އޮފީހުގެ ފަރާތުން ކުޅަ ޢަމަލުތަކަކީ ކޮބައިކަން އެނގެން ނެތް އިރު، މޫސާ ޙުސައިންގެ ފަރާތުން މިފަދައިން ބުނާބުނުން ފިޔަވައި އެކަމުގެ މައްޗަށް ބާރު ލިއްބައިދޭ އެއްވެސް ހެއްކެއް ނުވަތަ ޤަރީނާއެއް ވިޔަސް ދަށު ކޯޓަށް ހުށަހެޅިފައި ވާކަން އެނގެން ނެތްކަމަށް ބަޔާންކޮށްފައިވަނީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/12 ޤަޟިއްޔާގައި ހުށަހެޅިފައިވާ ލިޔުންތަކަށް ނަޒަރުނުކޮށް ކަމަށްބުނެ ހުށަހެޅި ސަބަބެވެ.
ހަތަރުވަނަ ސަބަބަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 40 ވަނަ މާއްދާގެ (ހ) ގައި މުދާ ހޯދުމާއި، މިލްކު ކުރުމާއި، ވާރުތަކުރުމާއި، ދިނުމާއި، މުދަލުން މުޢާމަލާތު ކުރުމުގެ ޙައްޤު ލިބިގެންވާއިރު، އިސްތިއުނާފު ކުރާ ފަރާތުން އެޅި ހަރުގެއަކީވެސް އަދި ދެ ދޯންޏަކީވެސް އިސްތިއުނާފު ކުރާފަރާތުން ޞައްޙަ ގޮތުގައި ހޯދާފައިވާ މުދާ ކަމުގައި ވީނަމަވެސް މިކަމަށް ބެލުމެއް ނެތި މިމާއްދާގެ (ށ) އާޚިލާފަށް ކައުންސިލްގެ ފަރާތުން ވަނީ މި މުދާ ނަގައި، އަދި މުދާތައް ހަލާކުކޮށްލާފަ ކަމަށާއި، އިސްތިއުނާފު ކުރާފަރާތުން މަނާތަނެއްގައި ހުއްދަ ނުހޯދައި ހަރުގެ އަޅައި މަސައްކަތްކުރުމަކީ މަނާކަމެއްކަމަށް ބުނާއިރު، މިކަން ސާބިތުވާކަމުގައި ވީނަމަވެސް އިސްތިއުނާފުކުރާ ފަރާތަށް އަދަބު ކަނޑައެޅުނު ކަމުގައި ވީނަމަވެސް އެފަރާތުގެ މުދާ ނުނެގޭނެ ކަން ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 40 ވަނަ މާއްދާގެ (ރ) ގައި ސާފުކޮށް އެނގެން އެބައޮތްކަމަށާއި، ނަމަވެސް މިކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ރިޢާޔަތްނުކޮށް ޙުކުމް ކޮށްފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލާ ޚިލާފަށް ކަމަށް ބުނެ ހުށަހެޅި ސަބަބެވެ.
6. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/12 ޤަޟިއްޔާގައި އެ ކޯޓުން ކުރައްވާފައިވާ ޙުކުމް ބިނާވެފައިވަނީ ޝަރީޢަތާ ނުވަތަ ޤާނޫނާ ޚިލާފުވާގޮތަށް ކަމަށް ބުނެ މޫސާ ޙުސައިންގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ސަބަބުތަކުގެ މައްޗަށާއި، މި މައްސަލައާ ގުޅިގެން ޝަރީޢަތުގެ މަޖިލީހުގައި ދެފަރާތުން ދައްކާފައިވާ ވާހަކަތަކުގެ މައްޗަށާއި، އަދި މި މައްސަލައިގެ ބާވަތަށްބަލައި، މި މައްސަލައަކީ، އެޓަރނީ ޖެނެރަލްގެ އޮފީހުގެ ފަރާތުން މި މައްސަލައާ މެދު ދެކޭގޮތް ސާފުކުރަންޖެހޭ ބާވަތުގެ މައްސަލައެއް ކަމަށް ވާތީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މި މައްސަލައަށް ތަދައްޚުލްވުމުގެ ފުރުޞަތު އެޓަރނީ ޖެނެރަލްގެ އޮފީހަށް ލިބިދިނުމުން، އެ އޮފީހުގެ ފަރާތުން މި މައްސަލައާ ގުޅިގެން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މި މައްސަލައާ ގުޅިގެން ޝަރީޢަތަށް ހުށަހެޅިފައިވާ މި މައްސަލައާ ގުޅޭ އެންމެހައި ލިޔެކިޔުންތަކުގެ މައްޗަށާއި، މޫސާ ޙުސައިންގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މިޤަޟިއްޔާގެ ދަށުން އިލްތިމާސްކޮށްފައިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/12 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ މައްޗަށާއި، އަދި ހައިކޯޓުގެ މިބުނެވުނު ޤަޟިއްޔާގެ ދަށުން އިސްތިއުނާފު ކުރެވުނު ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 33/A7C/2010 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބެލިއިރު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މި މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލީހަށް އަންނަނިވި ކަންތައްތައް ފާހަގަ ކުރެވިފައި ވެއެވެ.
(ހ) ފުރަތަމަ ކަމަކީ، ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 33/A7C/2010 ޤަޟިއްޔާ އެ ކޯޓުން ނިމިފައިވަނީ 14/02/2012 ގައިކަން އެ ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެން އޮންނައިރު، ދިވެހިރާއްޖޭގެ ހައިކޯޓުގައި އެ ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް ހުށަހެޅިފައިވަނީ 01/11/2012 ގައިކަން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/12 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެން އޮންނައިރު، "ހައިކޯޓުގެ ޤަވާޢިދު" ގައިވާ ގޮތުގެމަތިން ދަށު ކޯޓުން އެ މައްސަލަ ނިންމި ދުވަހާއި މުއްދަތު ހަމަވާ ދުވަހާއި އަދި އެދެމެދަށް އަންނަ ސަރުކާރު ބަންދު ދުވަސްތައް އުނިކުރުމުން، ބުނެވުނު ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 33/A7C/2010 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅިފައިވަނީ އޭރު ޢަމަލު ކުރަމުންދިޔަ އުޞޫލުގެ މަތިން ކަނޑައެޅިފައިވާ 180 ދުވަހުގެ އިސްތިއުނާފީ މުއްދަތުގެ ތެރޭގައި ކަމާއި އަދި ދިވެހިރާއްޖޭގެ ހައިކޯޓުގެ އިސްވެ އިޝާރާތްކުރެވުނު ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގައި މައްސަލަ ރަޖިސްޓްރީ ކުރެވުނު ތާރީޚަކީ 09/01/2013 ކަން އެނގެން އޮތްނަމަވެސް މައްސަލަ ހުށަހެޅުނު ތާރީޚް ކަނޑައެޅުމުގައި ބަލާނީ މައްސަލަ ރަޖިސްޓްރީ ކުރެވުނު ތާރީޚް ކަމުގައި ކަން "ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަވާޢިދު" ގެ ކަމާބެހޭ މާއްދާ ކަމުގައިވާ އެ ޤަވާޢިދުގެ 31 ވަނަ މާއްދާގެ މަންޠޫޤުން ނުވަތަ މަފްހޫމުން ވިޔަސް އެނގެން ނެތްކަމެވެ.
(ށ) ދެވަނަ ކަމަކީ، ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 33/A7C/2010 ޤަޟިއްޔާގައި މޫސާ ޙުސައިން ކޮށްފައިވާ ދަޢުވާގެ ޖަވާބުގައި ހއ. އިހަވަންދޫ ކައުންސިލްގެ ފަރާތުން ޝަރީޢަތުގައި ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު، މޫސާ ޙުސައިން ޤާވާޢިދާ ޚިލާފަށް ރަށުއޮފީހުގެ ހުއްދަ ނުހޯދާ ރަށުއޮފީހަށް ގޮންޖަހައި އޮޑިބަނުމުގެ މަސައްކަތް ކުރިއަށް ގެންދާތީ އެ މަސައްކަތް ހުއްޓާލައި ހަރުގެ ރޫޅާލުމަށް ތަކުރާރުކޮށް އެންގުމުންވެސް ރަށު އޮފީހުގެ އަމުރަށް ކިޔަމަންވެފައި ނުވާތީ، ފުލުހުން މެދުވެރިކޮށް ހަރުގެ ރޫޅާލުމަށްފަހު، މޫސާ ޙުސައިންގެ މުދާ ސަލާމަތްކުރުމަށާއި ތަކެއްޗާ ޙަވާލުވުމަށް އެންގުމުން އެހަރުގޭގައި ހުރި ތަކެއްޗާ ޙަވާލުވުމުގެ ފުރުޞަތު ލިބި އޭގެ ބޭނުން ނުހިފައި ތަކެއްޗަށް ވާނެގޮތެއްވާން ދޫކޮށްލުމަށްފަހު، މުދަލާއި ތަކެއްޗަށް ބަދަލު ހޯދުމަށް ހުށަހަޅައިގެން ބަދަލު ހޯދުމަށް މަސައްކަތް ކުރިކަމުގައި ވިއަސް އެ ބަދަލު އިހަވަންދޫ ކައުންސިލްގެ ފަރާތުން ދެވޭނެ އެއްވެސް ޖާގައެއް ނެތްކަމަށް އެވާހަކަ ތަކުގައި އިހަވަންދޫ ކައުންސިލްގެ ފަރާތުން ބުނެފައިވާކަން އެނގެން އޮންނަކަމެވެ.
(ނ) ތިންވަނަ ކަމަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 133 ވަނަ މާއްދާއަށް ނަޒަރުކުރާއިރު ބަންޑާރަ ނައިބަކީ، ސަރުކާރަށް ޤާނޫނީ ލަފަޔާއި މަޝްވަރާ ދޭ މީހާ ކަމާއި، ދައުލަތާ ގުޅުންހުރި ޤާނޫނީ އެންމެހައި ކަންކަމުގައި ސަރުކާރަށް ލަފާ ދިނުމަކީ ބަންޑާރަ ނައިބުގެ ވާޖިބުތަކުގެ ތެރޭގައި ހިމެނޭ ކަމެއްކަމާއި، ދިވެހިރާއްޖޭގެ އެންމެހައި ކޯޓުތަކަށް ހާޟިރުވެ ވާހަކަ ދެއްކުމުގެ ޙައްޤު ބަންޑާރަނައިބަށް ލިބިގެންވާކަމާއި، އަދި ޤާނޫނުއަސާސީގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ މަސްއޫލިއްޔަތު ކަމުގައި ކަނޑައަޅާފައިވާ ކަންކަން ފިޔަވައި އެހެން ކަންކަމުގައި ކޯޓުތަކުގައި ދައުލަތް ތަމްސީލު ކުރާނީ ބަންޑާރަނައިބު، ނުވަތަ އޭނާ ކަނޑައަޅާ މީހެއްކަމާއި، މަދަނީ މައްސަލަތަކުގެ ތެރެއިން ސަރުކާރު ޝާމިލްނުވާ މައްސަލަތަކުގައިވެސް، ދައުލަތުގެ މަޞްލަޙަތެއް ނުވަތަ ޢާއްމު މަޞްލަޙަތެއް ހިމެނޭކަމަށް ބަންޑާރަނައިބަށް ފެނިއްޖެ ކޮންމެ މައްސަލައެއްގައި ކޯޓުގެ ހުއްދައާއެކު، އެ މައްސަލައެއް ހިނގާއިރު ބަންޑާރަ ނައިބަށް ކޯޓަށް ޙާޟިރުވެ ވާހަކަ ދެއްކިދާނެކަމާއި، ޤާނޫނުގެ ވެރިކަން ނަގަހައްޓައި، ޙިމާޔަތްކޮށް ކުރިއެރުވުމަށާއި ރައްޔިތުންގެ ސަލާމަތާއި، ރައްޔިތުންގެ މަންފާއާއި ޢާއްމު މިނިވަންކަން ދިފާޢުކުރުމަށް ބަންޑާރަނައިބު މަސައްކަތް ކުރައްވާނެކަމާއި މިކަންކަން ޤާނޫނުއަސާސީ ގެ 133 ވަނަ މާއްދާއަށް ބެލުމުން ސާފުކޮށް އެނގެން އޮތްއިރު،
ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 33/A7C/2010 ޤަޟިއްޔާގެ ދަށުން މޫސާ ޙުސައިންކޮށްފައިވާ ދަޢުވާގެ ސީޣާއަށް ބެލުމުން އެ މައްސަލައަކީ ދައުލަތުގެ މަޞްލަޙަތާ ނުވަތަ ޢާއްމު މަޞްލަޙަތާ ރައްޔިތުންގެ ސަލާމަތާއި ރައްޔިތުންގެ މަންފާއާއި ޢާއްމު މިނިވަންކަމާވެސް ގުޅިފައިވާ މައްސަލައެއް ކަމުގައި ބެލެވެން އޮތުމުން، ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްވެ އިޝާރާތް ކުރެވުނު ޤަޟިއްޔާއަށް ހުށަހެޅިފައިވާ މައްސަލަ އާމެދު ޝަރީޢަތުގެ ފަރާތުން ގޮތެއް ކަނޑައެޅުމުގައި ބަންޑާރަ ނައިބު ނުވަތަ އެފަރާތުން ތަމްސީލުކުރާ ފަރާތެއްގެ ބަސް މި މައްސަލައިގައި ހޯދަން ޖެހޭނެކަން އެނގެން އޮންނާތީ، މި މައްސަލައަކީ، އެޓަރނީ ޖެނެރަލްގެ އޮފީހުގެ ފަރާތުން މި މައްސަލައާ މެދު ދެކޭގޮތް ސާފުކުރަންޖެހޭ ބާވަތުގެ މައްސަލައެއް ކަމަށްވާތީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މި މައްސަލައިގެ ޝަރީޢަތަށް ޙާޟިރުވެ ޖަވާބުދާރީ ވުމުގެ ފުރުޞަތު، އެޓަރނީ ޖެނެރަލްގެ އޮފީހަށް ލިބިދިނުމުން، ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްވެ އިޝާރާތް ކުރެވުނު ޤަޟިއްޔާގެ ދަށުން މޫސާ ޙުސައިން ކޮށްފައިވާ ދަޢުވާއާ މެދު އެޓަރނީ ޖެނެރަލްގެ އޮފީހުން ދެކޭގޮތް ބަޔާންކޮށްދިނުމުގެ ގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މި ޤަޟިއްޔާގެ ޝަރީޢަތުގެ މަޖިލީހުގައި އެޓަރނީ ޖެނެރަލްގެ އޮފީހުގެ ފަރާތުން ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު، ޤާނޫނީ ސަބަބުތަކެއް ބަޔާންކުރުމަށްފަހު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/12 ޤަޟިއްޔާ ނިމިފައިވާ ގޮތް ބާޠިލް ކުރާނެ ޝަރުޢީ އަދި ޤާނޫނީ އެއްވެސް އަސާސެއް ނެތްކަމަށް ދައުލަތުން ދެކޭކަމަށް އެވާހަކަ ތަކުގައި އެޓަރނީ ޖެނެރަލްގެ ފަރާތުން ފާހަގަކޮށްފައިވާކަން އެނގެން އޮންނަކަމެވެ.
(ރ) ހަތަރުވަނަ ކަމަކީ، ދިވެހިރާއްޖޭގެ ސަރަޙައްދަކީ، ޤާނޫނުގައިވާ ގޮތުގެމަތިން ދަމައިލެވޭ، ރާއްޖޭގެ އާކިޕެލެޖިކް ބޭސްލައިންތަކުގެ ތެރޭގައިވާ ބިމާއި، ޖައްވާއި، ކަނޑާއި، ކަނޑުގެ އަޑީގައިވާ ބިމާއި، މި ބުނެވުނު ބޭސްލައިންތަކުން ފެށިގެން ބޭރުގައިވާ ރާއްޖޭގެ ސަރަޙައްދީ ކަނޑާއި، އެކަނޑުގެ އަޑީގައިވާ ބިމާއި އެކަނޑާ ގުޅިފައިވާ ޖައްވުމަކަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 3 ވަނަ މާއްދާގައި ކަނޑައެޅި ބަޔާންވެފައިވުމުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އާއި އަދި ދިވެހިރާއްޖޭގެ ޤާނޫނުތަކުގައި ކަނޑައެޅި ބަޔާންވެފައިވާ ގޮތުގެމަތިން ދިވެހިރާއްޖޭގެ ސަރަޙައްދުތަކުގެ މައްޗަށް ދިވެހިރާއްޖޭގެ ބިންވެސް ހިމެނޭގޮތުން ދިވެހި ދައުލަތުގެ ބާރު ހިނގާނެކަން އެނގެން އޮންނައިރު، ޤާނޫނު ނަންބަރު 2002/1 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) ގެ 2 ވަނަ މާއްދާގައި ދިވެހިރާއްޖޭގައި ބިމާއި ގޯތި ދޫކޮށް ލިބިގަނެ، މިލްކުކޮށް، ވިއްކައި، ކުއްޔަށްދީ، ބޭނުންކޮށް، ގެންގުޅެ، ބިމާއި ގޯއްޗާބެހޭ އެންމެހައި މުޢާމަލާތު ކުރަންވާނީ، މިޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން ކަމަށް ކަނޑައެޅި ބަޔާންވެފައިވާއިރު އަދި މި ޤާނޫނުގެ 4 ވަނަ މާއްދާއިން ބިން އެކަށައެޅޭނެ ބޭނުންތަކާއި ކަންކަން ބަޔާންކުރެވިފައިވާކަމާއި އެއީ ދިރިއުޅުމަށްޓަކައި ގެދޮރު އެޅުމަށާއި، ޢިމާރާތްކުރުމަށާއި، އިޤުތިޞާދީ ބޭނުންތަކަށާއި، އިޖްތިމާޢީ ބޭނުންތަކަށާއި، ތިމާވެށި ރައްކާތެރި ކުރުމަށާއި، ދައުލަތުގެ ބޭނުމަށާއި މިބޭނުންތަކަށާއި ކަންކަމަށް ކަމުގައިވެސް އެ މާއްދާގައި ބަޔާންކުރެވިފައި ވާކަމާއި، އަދި އެޤާނޫނުގެ 5 ވަނަ މާއްދާއިން އެކި ބޭނުންތަކަށާއި ކަންކަމަށް އެކަށައަޅާ ބިންތައް، ކަމާބެހޭ މިނިސްޓްރީތަކާ ޙަވާލުކުރާނީ ބިމާބެހޭ އެންހެމާ ކަންތައްތައް ބެލެހެއްޓުމުގެ މަސްއޫލިއްޔަތު ޙަވާލުކުރެވިފައިވާ ސަރުކާރުގެ މިނިސްޓްރީއިން ކަމާއި އަދި އެޤާނޫނުގެ 9 ވަނަ މާއްދާއިން ދިރިއުޅުމަށްޓަކައި ގެދޮރުއެޅުމަށާއި ޢިމާރާތްކުރުމަށް އެކަށައަޅާ ބިންބިން ފިޔަވައި މި ޤާނޫނުގެ 5 ވަނަ މާއްދާގެ ދަށުން ކަމާބެހޭ މިނިސްޓްރީތަކާ ޙަވާލުކުރެވޭބިން، އެ މިނިސްޓްރީއަކުން ދޫ ކުރަންވާނީ، މިޤާނޫނު އާއި، އެކިބޭނުންތަކަށާއި، ކަންކަމަށް އެކަށައަޅާ ބިންބިމާބެހޭ ޤާނޫނުތަކާއި، މި ޤާނޫނުތަކުގެ ދަށުން ހަދާ ޤަވާޢިދުގައިވާ ގޮތުގެމަތިން، އެމިނިސްޓްރީއާއި ބިން ދޫކުރެވޭ ފަރާތާ ދެމެދު، ލިޔުމަކުން ކުރެވޭ އެގްރިމެންޓެއްގެ ދަށުންކަމާއި އަދި މިޤާނޫނުގެ 9 ވަނަ މާއްދާގެ (ށ) އިން މި މާއްދާގެ (ހ) ގައި ބުނެފައިވާ ގޮތުގެމަތިން، ބިމެއް ދޫކުރެވޭ ފަރާތަށް އެބިމެއް ބޭނުންކުރެވޭނީ، އަދި އެބިމަކާ ބެހޭގޮތުން މުޢާމަލާތުކުރުމުގެ ޙައްޤު ލިބިދެވޭނީ، މި ޤާނޫނާއި، އެކިބޭނުންތަކަށާއި، ކަންކަމަށް އެކަށައަޅާ ބިންބިމާބެހޭ ޤާނޫނުތަކާއި، މި ޤާނޫނުތަކުގެ ދަށުން ހަދާ ޤަވާޢިދުގައިވާ ގޮތުގެމަތިން، އެފަރާތަކަށް އެބިމެއް ދޫކުރެވޭ މުއްދަތަކަށް، އެބިމެއް ދޫކުރެވޭ އެގްރިމެންޓްގައި ބަޔާންކޮށްފައިވާ ގޮތެއްގެމަތިން ކަމާއި މިކަންކަން ޤާނޫނު ނަންބަރު 2002/1 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) ގެ މި ބަޔާންކުރެވިދިޔަ މާއްދާތަކުން އެނގެން އޮތްއިރު، މި ޤާނޫނުގެ ދަށުން 1 މާރޗް 2008 ގައި " ދިރިއުޅުމަށް ދޫކުރާ ބަންޑާރަ ގޯތި ފިޔަވައި އެހެނިހެން ބޭނުންތަކަށް ސަރުކާރާއި އަމިއްލަ ފަރާތްތަކަށް ބިން ދޫކުރުމާއި ބެހޭ ޤަވާޢިދު " މިނަމުގައި ހެދިފައިވާ އަދި ޢަމަލުކުރެވެމުންދާ ޤަވާޢިދުގައި މީހުން ދިރިއުޅޭ ރަށްރަށުން ދިރިއުޅުމަށް ދޫކުރާ ބަންޑާރަ ގޯތި ފިޔަވައި އެހެނިހެން ބޭނުންތަކަށް ސަރުކާރާއި އަމިއްލަ ފަރާތްތަކަށް ބިން ދޫކުރުމުގައި ޢަމަލުކުރެވޭނެ އުޞޫލުތައް ކަނޑައަޅައި ބަޔާންކޮށްފައިވާކަމާއި މިގޮތުން މިޤަވާޢިދުގެ 3 ވަނަ މާއްދާގެ (ހ) ގައި ތަފާތު ބޭނުންތަކަށް އެރަށަކުން ދޫކުރާނެ ބިންތައް ކަނޑައަޅާނީ މިޤަވާޢިދުގައިވާ ގޮތުގެމަތިން އެރަށެއްގެ ރކ. ކޮމިޓީގެ މަޝްވަރާއާއެކު އެ އަތޮޅެއްގެ އަތޮޅުވެރިޔާ ކަމަށް ބަޔާންކުރުމަށްފަހު، އެ މާއްދާގެ (ށ) ގެ iii)) ގައި އޮޑި ދޯނި ފަހަރު ބަނުމަށް 2 އަހަރު ދުވަހަށް ނުވަތަ އެއަށްވުރެ ކުރުމުއްދަތަކަށް ދޫކުރާބިން މި މާއްދާގެ (ށ) ގެ (i) ގައިވާ ގޮތުގެމަތިން އިޢުލާނުނުކޮށް ދޫކުރެވިދާނެ ކަމަށް ބަޔާންކުރުމަށްފަހު، އަދި މި ޤަވާޢިދުގެ 4 ވަނަ މާއްދާގެ (ހ) ގައި އަމިއްލަ ފަރާތަކަށް ބިންދޫކުރަންވާނީ އެބިން ޙަވާލުކުރެވޭ ފަރާތާއި އެ އަތޮޅެއްގެ އަތޮޅު އޮފީހާއި ދެމެދު ވެވޭ އެއްބަސްވުމެއްގެ ދަށުން ކަމަށް ބަޔާންކޮށްފައި ވާކަމާއި މިކަންކަން ޤާނޫނު ނަންބަރު 2002/1 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) އާއި އަދި އެޤާނޫނުގެ ދަށުން ހެދިފައިވާ މިއިޝާރާތް ކުރެވުނު ޤަވާޢިދުގައި ބަޔާންކުރެވިފައިވާ އަޙްކާމުތަކަށް ބެލުމުން އެނގެން އޮތުމުން އޮޑި ދޯނި ފަހަރު ބަނުން ފަދަ ބޭނުންތަކަށް ދައުލަތުގެ ބިން ބޭނުންކުރަންވާނީ ދިވެހިރާއްޖޭގެ ކަމާބެހޭ ޤާނޫނުތަކާއި ޤަވާޢިދުތަކުގައި އެވަގުތަކު ކަނޑައެޅި ބަޔާންވެފައިވާ އުޞޫލުތަކުގެ މަތިންކަމާއި ދިވެހިރާއްޖޭގެ ޤާނޫނުތަކާއި ޤަވާޢިދުތަކުގައި ކަނޑައެޅި ބަޔާންވެފައިވާ އުޞޫލުތަކާ ޚިލާފަށް އޮޑި ދޯނި ފަހަރު ބަނުންފަދަ ބޭނުންތަކަށް ކަމަށް ވިޔަސް ދައުލަތުގެ ބިން ބޭނުން ކުރުމަކީ، ދިވެހިރާއްޖޭގެ ކަމާބެހޭ މިބަޔާންކުރެވިދިޔަ ފަދަ ޤާނޫނުތަކާއި ޤަވާޢިދުތައް ހުއްދަކޮށްފައިވާ ކަމެއްނޫންކަން އެނގެން އޮންނައޮތުމެވެ.
(ބ) ފަސްވަނަ ކަމަކީ، ޤާނޫނުއަސާސީގެ 67 ވަނަ މާއްދާގައި ކޮންމެ މީހަކަށްމެ ލިބޭ ޙައްޤުތަކާއި މިނިވަންކަމާއި، އެމީހަކު އަދާކުރަންޖެހޭ މަސްއޫލިއްޔަތުތަކާއި ވާޖިބުތަކަކީ ވަކިނުކުރެވޭނެ ދެ އަސާސްކަމުގައި ވީ ހިނދު، އަންނަނިވި ކަންތައްތައް ކުރުމަކީ ކޮންމެ ރައްޔިތެއްގެ މަސްއޫލިއްޔަތެއް ކަމަށާއި އަދި އެވަގުތަކު ދިވެހިރާއްޖޭގައި އުޅޭ ކޮންމެ މީހަކުމެ އެކަންތައްތަކަށް އިޙްތިރާމް ކުރަންވާނެކަމަށް ބަޔާންކޮށްފައިވާއިރު، އެ މާއްދާގެ ދަށުން ބަޔާންކޮށްފައިވާ ކަންކަމުގެ ތެރޭގައި އަނެކުންގެ ޙައްޤުތަކާއި މިނިވަންކަމަށް ރައްކާތެރިވެ އެ ޙައްޤުތަކަށާއި މިނިވަންކަމަށް އިޙްތިރާމް ކުރުމާއި، ޤާނޫނުއަސާސީއަށް ޙުރުމަތްތެރިކޮށް ހިތުމާއި، ޤާނޫނުގެ ވެރިކަން ހިންގުމުގެ އުޞޫލަށް ޙުރުމަތްތެރިކޮށް ހިތުމާއި މިކަންކަން ހިމެނިފައިވާކަމާއި މިކަންކަން މި މާއްދާއަށް ބެލުމުން އެނގެން އޮތުމުން މުޖުތަމަޢުގެ ޢާންމު މަޞްލަޙަތާއި ނިޒާމު ޢާންމު (ޕަބްލިކް އޯޑަރ) ޙިމާޔަތްކޮށް ރައްކާތެރި ކުރުމަށްޓަކައި، ކަމާބެހޭ ގޮތުން ހެދިފައިވާ ޤާނޫނުތަކާއި އެޤާނޫނުތަކުގެ ދަށުން ހެދިފައިވާ ޤަވާޢިދުތަކުގެ ދަށުން، ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކަށް އެ ވަގުތަކަށް ލިބިދީފައިވާ ދައުލަތުގެ ޙައްޤުތަކާއި ބާރުތައް، ޤާނޫނުތަކާއި ޤަވާޢިދުތަކުގެ ޙުދޫދުގެ ތެރެއިން ޕްރެކްޓިސްކޮށް ތަންފީޛު ކުރުމަށް ހުރަސްހެޅޭ ފަދަގޮތަކަށް އެއްވެސް މީހަކު ޢަމަލުކުރުމަކީ، ޤާނޫނުއަސާސީގެ މި މާއްދާގެ ދަށުންވެސް ހުއްދަވާނޭ ޢަމަލެއްކަމަށް ބެލެވޭނެ ތަނެއް ނެތުމެވެ.
(ޅ) ހަވަނަ ކަމަކީ، ޤާނޫނުއަސާސީގެ 236 ވަނަ މާއްދާގައި ދިވެހިރާއްޖޭގައި އުޅޭ އެންމެހައި މީހުންނަށް ޞުލްޙަވެރިކަމާއި އަމާންކަމާއި މިނިވަންކަމާއެކު އުޅެވޭނެމަގުތައް ތަނަވަސްކޮށް ފަހިކޮށްދިނުމަށްޓަކައި ސަލާމަތީ ޚިދުމަތްތަކެއް ދިވެހިރާއްޖޭގައި ޤާއިމްވެފައި އޮންނަންވާނެކަމަށް ކަނޑައަޅައި ބަޔާންކޮށްފައިވާކަމާއި، އަދި ޤާނޫނުއަސާސީގެ 237 ވަނަ މާއްދާއިން ދިވެހިރާއްޖޭގެ އަމިއްލަ ވެރިކަން ރައްކާތެރިކޮށް، ސަރަޙައްދުގެ ރައްކާތެރިކަން ދަމަހައްޓައި، ޤާނޫނުއަސާސީ އާއި ދީމިޤްރާޠީ މުއައްސަސާތައް ޙިމާޔަތްކޮށް، ޤާނޫނުދަމަހައްޓައި، ތަންފީޛުކޮށް، އަމަންއަމާންކަން ދެމެހެއްޓުމަކީ ސަލާމަތީ ޚިދުމަތްތަކުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތަކުގެ ތެރޭގައި ހިމެނޭ ކަންތައްތަކެއް ކަން އެނގޭކަމާއި އަދި ޤާނޫނުއަސާސީގެ 239 ވަނަ މާއްދާގެ (ހ) އިން ސަލާމަތީ ކޮންމެ ޚިދުމަތެއް އިންތިޒާމްކޮށް ހިންގާނެ އުޞޫލުތައް ބަޔާންކުރާ ޤާނޫނެއް ރައްޔިތުންގެ މަޖިލީހުން ފާސްކުރަންވާނެކަމަށް ބަޔާންކޮށްފައިވާކަން އެނގެން އޮންނައިރު، ޤާނޫނު ނަންބަރު 2008/5 (ފުލުހުންގެ ޤާނޫނު) ގެ 2 ވަނަ މާއްދާއިން މުޖުތަމަޢުގެ ޢާންމު މަޞްލަޙަތާއި އަމަން ޢާންމު ދެމެހެއްޓުމާއި މިކަންކަމަކީ ފުލުހުންގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނޭނެ ކަންކަން ކަމާއި، އަދި ހަމަ އެޤާނޫނުގެ 6 ވަނަ މާއްދާއިން ދިވެހިރާއްޖޭގެ ޤާނޫނާއި ޤަވާޢިދު ތަންފީޒު ކުރުމަށްޓަކައި ފުލުހުންގެ ދައުރާ ގުޅިގެން ކުރަންޖެހޭ ކަންތައްތައް ކުރުމަކީ ފުލުހުންގެ މަސްއޫލިއްޔަތު ތަކުގެ ތެރޭގައި ހިމެނޭ ކަންތައްތަކެއް ކަމާއި މިކަންކަން ބަޔާންކުރެވިދިޔަ ގޮތުގެމަތިން އެނގެން އޮތުމުން، ދައުލަތުން އެއްވެސް ފަރާތަކަށް ދޫކޮށްފައިނުވާ ބަންޑާރަ ބިން، ޤާނޫނާއި ޤަވާޢިދުގައި ކަނޑައެޅި ބަޔާންވެފައިވާ ގޮތާ ޚިލާފަށް މީހަކު ނުވަތަ ބަޔަކު ބޭނުންކުރާނަމަ، އެކަމެއް ހުއްޓުވައި ރޫލް އޮފް ލޯ ނެގެހެއްޓުމުގެ ގޮތުން ޤާނޫނީ އިމުގެ ތެރެއިން އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އެޅުމުގެ ބާރާއި އޭގެ އޮތޯރިޓީ މޯލްޑިވްސް ޕޮލިސްސަރވިސް އަށްވެސް ލިބިގެންވާކަން އެނގެން އޮންނައޮތުމެވެ.
(ކ) ހަތްވަނަ ކަމަކީ، ތިމާއަށް ލިބިފައިވާ މަޝްރޫޢު ޙައްޤެއްގެ ބޭނުން ހިފުމުގައި ރިޢާޔަތްކުރަންޖެހޭ އިންތަކާއި މިންގަނޑު ތަކުގެ މައްޗަށް ޝަރުޢީ ނަޒަރަކުން ބަލާއިރު، ތިމާއަށް ލިބިފައިވާ ޙައްޤެއްގެ ބޭނުންހިފައި އެލި ބިގަންނަންޖެހޭނީ ޝަރުޢީގޮތުން ހުއްދަވެގެންވާ ވަސީލަތްތަކުގެ ޛަރީޢާއިން، އެ ޙައްޤުގެ ބޭނުން ކުރުމުގައި ޝަރުޢު ހުއްދަކުރައްވާފައިވާ އިންތަކުގެ ތެރޭގައި ކަމާއި މިގޮތުން މީހަކު، އޭނާއަށް ލިބިފައިވާ ޙައްޤު، އެހެން ފަރާތްތަކަށް ގެއްލުންވާގޮތަށް ބޭނުންކުރާކުރުން (التَّعَسُّفُ فِي اسْتِعْماَلِ الحَقِّ abuse of right -) ވަނީ، އިސްލާމީ ޝަރީޢަތުގައި މަނާކުރައްވާފައި ކަމާއި އެކަން މިކަމާ ގުޅޭގޮތުން އައިސްފައިވާ ޝަރުޢީ ދަލީލުތަކުން އެނގެން އޮންނަކަމާއި، އެފަދަ ދަލީލުތަކުގެ ތެރެއިން ކީރިތި ރަސޫލާ ޙަދީޘް ކުރައްވާފައިވާ "لاَ ضَرَرَ وَلاَ ضِرَارَ" ފަދަ ޝަރުޢީ ނައްޞުތައް ހިމެނޭކަމާއި މި ނައްޞުތަކުން އެހެން ފަރާތްތަކަށް ގެއްލުން ވާގޮތަށް ތިމާގެ ޙައްޤުގެ ބޭނުންކުރުމަކީ ޝަރުޢުގައި ޙަރާމް ކުރައްވާފައިވާ ކަމެއްކަން ސާފުކޮށް އެނގޭކަމާއި މިގޮތުގެމަތިން ތިމާގެ ޙައްޤުގެ ބޭނުން، އެހެން ފަރާތްތަކަށް ގެއްލުން ވާގޮތަށް ބޭނުންކުރުން އިސްލާމީ ޝަރީޢަތުގައި ޙަރާމް ކުރައްވާފައިވާ މައިގަނޑު ސަބަބަކީ، ޙައްޤެއް ލިބިފައިވާ މީހާއަށް އޭނާ ހިތުހުރި ގޮތަކަށް، މުޠުލަޤު ގޮތެއްގައި އެ ޙައްޤުޤެ ބޭނުންކުރުން ދޫކޮށްލެވިއްޖެނަމަ އޭގެ ނަތީޖާއަކަށް ވާނީ މުޅި މުޖުތަމަޢުގެ މަޞްލަޙަތަށާއި މުޖުތަމަޢުގެ ޙައްޤުތަކަށް ގެއްލުންވެ، ޢާއްމު މަޞްލަހަތާއި މުޖުތަމަޢުގެ ޞުލްޙަ މަސަލަސް ކަމާއި ހަމަޖެހުމަށް ލޮޅުންއަރައި، މުޅިމުޖުތަމަޢަށް އޭގެ ނޭދެވޭ އަސަރުކޮށް މުޖުތަމަޢުގެ މަޞްލަޙަތު ގެއްލި ދިއުން ކަމަށްވާތީ މުޅި މުޖުތަމަޢުގެ މަޞްލަޙަތާއި މުޖުތަމަޢުގެ ޙައްޤުތައް ރައްކާތެރިކޮށް ޙިމާޔަތް ކުރެވޭނީ، ފަރުދުންނަށް ލިބިފައިވާ ޙައްޤުތަކުގެ ބޭނުން ކުރުމުގައިވެސް އެހެން ފަރާތްތަކަށް ގެއްލުން ނުވާގޮތުގެމަތިން ފަރުދީ ޙައްޤުތަކުގެ ބޭނުންކުރެވިގެން ކަމަށްވާތީ އެސަބަބަށްޓަކައިކަން މިކަމާގުޅޭގޮތުން ޝަރުޢުގައި އައިސްފައިވާ ބަޔާންވެދިޔަ ފަދަ ނައްޞުތަކަށް ރިޢާޔަތްކޮށް ބެލުމުން އެނގޭކަމާއި އަދި މީގެއިތުރުން، ތިމާގެ ޙައްޤުގެ ބޭނުން އެހެން ފަރާތްތަކަށް ގެއްލުން ވާގޮތަށް ބޭނުންކުރުމުގެ ސަބަބުން އެހެން ފަރާތްތަކަށް ގެއްލުމެއް ފޯރާނަމަ، އެ ގެއްލުން އެފަރާތެއްގެ ސަބަބުން އުފެދޭ ފަރާތް އަމިއްލަ އިޚްތިޔާރުގައި އެ ގެއްލުން ނައްތާނުލައިފިނަމަ، އެ ޙާލަތުގައި މުޖުތަމަޢުގެ ޙައްޤުތައް ޙިމާޔަތް ކުރުމަށްޓަކައި އެ ގެއްލުން ނައްތާލުމަކީ، އެކަމުގެ އިޚްތިޞާޞް ޤާނޫނީ ގޮތުން ލިބިފައިވާ ފަރާތްތަކަށް ހުއްދަވެގެން ވާ ކަމެއްކަމާއި މިކަންކަން، ޙައްޤުގެ ބޭނުން ހިފުމުގައި އެހެން ފަރާތްތަކަށް ގެއްލުން ދިނުން މަނާކުރުމާ ބެހޭގޮތުން ޝަރުޢުގައި އައިސްފައިވާ ބަޔާންވެދިޔަ ފަދަ ދަލީލިތަކަށާއި އަދި އެ ދަލީލުތަކުގެ އަލީގައި އިސްލާމީ ޝަރީޢަތުގެ ފިޤުހު ޢިލްމުވެރިން އިސްތިޚްލާޞް ކޮށްފައިވާ ޤަވާޢިދުތަކަށް ބެލުމުން އެނގެން އޮންނަކަމެވެ.
(އ) އަށްވަނަ ކަމަކީ، ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 33/A7C/2010 ޤަޟިއްޔާގެ ދަށުން މޫސާ ޙުސައިން ކޮށްފައިވާ ދަޢުވާގައި ބުނާ ދެ އޮޑި ބަނުމަށްޓަކައި، ހއ. އިހަވަންދޫގައި މޫސާ ޙުސައިން އެޅި ކަމަށްބުނާ އޮޑިހަރުގެ، މޫސާ ޙުސައިން އަޅާފައިވަނީ 2009 ވަނަ އަހަރުގައިކަން މޫސާ ޙުސައިންގެ ބަހުން އެނގެން އޮތުމުން މޫސާ ޙުސައިން މި އޮޑިހަރުގެ އަޅާފައިވަނީ އިސްވެ އިޝާރާތްކުރެވުނު ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު (ޤާނޫނު ނަންބަރު 2002/1) އާއި އެ ޤާނޫނު ގެ ދަށުން 1 މާރޗް 2008 ގައި ހެދިފައިވާ އިސްވެ އިޝާރާތްކުރެވުނު "ދިރިއުޅުމަށް ދޫކުރާ ބަންޑާރަ ގޯތި ފިޔަވައި އެހެން ބޭނުންތަކަށް ސަރުކާރާއި އަމިއްލަ ފަރާތްތަކަށް ބިންދޫކުރުމާއިބެހޭ ޤަވާޢިދު" އަށް ޢަމަލުކުރަން ފެށުމުގެ ފަހުންކަން އެނގެން އޮތުމުން، މޫސާ ޙުސައިން އެޅިކަމަށް ބުނާ އޮޑި ހަރުގެ އަޅަންވާނީ ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނާއި އަދި އެޤާނޫނުގެ ދަށުން ހެދިފައިވާ ޤަވާޢިދުގައި މިފަދަ ބޭނުމަށް ބިންދޫކުރުމުގައި ޢަމަލުކުރުމަށް ކަނޑައެޅިފައިވާ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެމަތިންކަން އެނގެން އޮންނައިރު، މޫސާ ޙުސައިންގެ މި ދަޢުވާގައި ބުނާ އޮޑިހަރުގެ މޫސާ ޙުސައިން އަޅާފައިވަނީ ދައުލަތުގެ ކަމާބެހޭ އިދާރާތަކުގެ އެއްވެސް ހުއްދައަކާ ނުލައިކަން މޫސާ ޙުސައިންގެ ފަރާތުން މި މައްސަލއިގެ ޝަރީޢަތުގެ މަޖިލީހަށް ދީފައިވާ ބަޔާންތަކުގައި މޫސާ ޙުސައިންގެ ފަރާތުން ވެފައިވާ އިޤުރާރުތަކުން އެނގެން އޮތުމުން، މޫސާ ޙުސައިން މި އޮޑި ހަރުގެ އަޅާފައިވަނީ ޤާނޫނީ ގޮތުން އެ އޮޑި ހަރުގެއަށް ލިބެންވާ ޙިމާޔަތާއި ރައްކާތެރިކަން ހޯދައިގެން ނޫންކަން މޫސާ ޙުސައިންގެ ބަހުން އެނގެން އޮންނަކަމެވެ.
(ވ) ނުވަވަނަ ކަމަކީ، މޫސާ ޙުސައިންގެ ދަޢުވާގައި މޫސާ ޙުސައިން އަޅާފައިވާކަމަށް އިޤްރާރުވެފައިވާ އޮޑިހަރުގެ މޫސާ ޙުސައިން އަޅާފައިވަނީ ޤާނޫނީގޮތުން އެބާވަތުގެ މަސައްކަތްކުރުމަށް ބިންދޫކުރުމުގައި ޢަމަލުކުރުމަށްޓަކައި ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނާއި އަދި އެޤާނޫނުގެ ދަށުން ހެދިފައިވާ އިސްވެ އިޝާރާތްކުރެވުނު ޤަވާޢިދުގައި ބުނާ އުޞޫލުތަކާ ޚިލާފަށް، ދައުލަތުގެ ކަމާބެހޭ އިދާރާތަކުގެ ހުއްދަ އެކަމަށް ހޯދުމަކާ ނުލައިކަން މޫސާ ޙުސައިންގެ އިޤުރާރުން އެނގެން އޮންނައިރު، ހއ. އިހަވަންދޫ އޮފީހުން މޫސާ ޙުސައިންއަށް އެންގުންތަކެއް އަންގާފައިވާކަން އެނގޭ ލިޔުންތަކެއް މި މައްސަލައިގެ ޝަރީޢަތަށް ހުށަހެޅިފައި ވާކަމާއި އޭގެތެރެއިން ހއ. އިހަވަންދޫ އޮފީހުން، މޫސާ ޙުސައިން އަޅާފައިވާ ހަރުގެ ރޫޅާލައި ބިންސާފުކުރުމަށް 22 ޑިސެމްބަރ 2009 ގައި މޫސާ ޙުސައިންއަށް އަންގާފައިވާ އެންގުމުގެ ލިޔުމަށް ބަލާއިރު ހއ. އިހަވަންދޫ ނޫރާނީމަގުގެ އިރުމަތީކޮޅުން ހއ. އިވަހަންދޫ ދިލްކުޝާގެ މަންޞޫރު ރަޝީދަށް ދޫކޮށްފައިވާ އޮޑިހަރުގެ ވަޅުގެ އިރުން މޫސާ ޙުސައިން އަޅާފައިވާ ހަރުގެ އަޅާފައިވަނީ އޮޑިހަރުގެ އެއް ނުވަތަ އޮޑިއެއް ބަނުމަށް ހަރުގެ އެޅުމަށް އެބިން މޫސާ ޙުސައިންއަށް ދޫނުކުރަނީސް، ޤަވާޢިދާ ޚިލާފަށް ކަމަށްވާތީ 22 ޑިސެމްބަރ 2009 ދުވަހުން ފެށިގެން 15 ދުވަހުގެ ތެރޭގައި އެހަރުގެ ރޫޅާލައި ބިންސާފުކުރުމަށް މޫސާ ޙުސައިންއަށް އަންގާފައިވާކަން މިއެންގުމުގެ ލިޔުމުން އެނގެން އޮންނައިރު މި އެންގުމަކީ މޫސާ ޙުސައިންއަށް އަންގާފައިވާ އެންގުމެއްކަން މޫސާ ޙުސައިންގެ ބަހުން ރަނގަޅަށް އެނގެން އޮތުމުގެ އިތުރުން، 14 ފެބްރުއަރީ 2010 ގައިވެސް ހއ. އިހަވަންދޫ އޮފީހުގެ ފަރާތުން މޫސާ ޙުސައިންއަށް އެންގުމެއް އަންގަވާފައި ވާކަމާއި އެ އެންގުމުގެ ލިޔުމަށް ބަލާއިރު، ހއ. އިހަވަންދޫ ނޫރާނީމަގުގެ އިރުމަތީކޮޅުން ހއ. އިހަވަންދޫ ދިލްކުޝާގެ މަންޞޫރު ރަޝީދަށް ދޫކޮށްފައިވާ އޮޑިހަރުގެ ވަޅުގެ އުތުރުން މޫސާ ޙުސައިން އަޅާފައިވާ ހަރުގެ އަޅާފައިވަނީ އޮޑިހަރުގެއެއް ނުވަތަ އޮޑިއެއް ބަނުމަށް ހަރުގެ އެޅުމަށް އެބިން މޫސާ ޙުސައިންއަށް ދޫނުކުރަނީސް، ޤަވާޢިދާ ޚިލާފަށް ކަމަށްވާތީ 14 ފެބްރުއަރީ 2010 އިން ފެށިގެން 07 ދުވަހުގެ ތެރޭގައި އެ ހަރުގެ ރޫޅާލައި ބިން ސާފުކޮށް ރަށުއޮފީހަށް ދެއްކުމަށް އަންގާފައިވާ ކަމާއި އަދި ތަން ރޫޅާލައި ބިން ސާފުކޮށް ދެއްކުމަށް ދީފައިވާ 7 ދުވަހުގެ މުއްދަތަކީ، ޕޮލިސް މެދުވެރިކޮށް ތަން ރޫޅާލުމުގެ ކުރިން މޫސާ ޙުސައިންއަށް ދެވޭ ފުރުޞަތެއްކަން އެ އެންގުމުގައި ހަނދާންކޮށް ދީފައިވާކަންވެސް އެ އެންގުމުގެ ލިޔުމުން އެނގެން އޮންނައިރު މި އެންގުމަކީވެސް މޫސާ ޙުސައިންއަށް އަންގާފައިވާ އެންގުމެއްކަން މޫސާ ޙުސައިންގެ ބަހުންވެސް ރަނގަޅަށް އެނގެން އޮތުމުން މޫސާ ޙުސައިން، ޤާނޫނާއި ޤަވާޢިދާ ޚިލާފަށް ހއ. އިހަވަންދޫގައި އަޅާފައިވާކަން މޫސާ ޙުސައިންގެ އިޤުރާރުން ސާބިތުވާ އޮޑިހަރުގެ ނަގައި އެތަނުގެ ބިން ސާފުކުރުމަށް ފުރަތަމަ އެންގުނު އެންގުމުގައިވާ ތާރީޚުން ފެށިގެން ދެވަނަ އެންގުމުގައި ބުނާ 7 ދުވަހުގެ ނިއަލަށް މުޅިއެކު މޫސާ ޙުސައިން އަށް 61 ދުވަހުގެ މުއްދަތެއް ދެވިފައިވާކަން އެނގެން އޮތުމުން މޫސާ ޙުސައިން ޤާނޫނާ ޤަވާޢިދާ ޚިލާފަށް ދައުލަތުގެ ކަމާބެހޭ އިދާރާތަކުން ހުއްދަ ނުހޯދާ އަޅާފައިވާކަން ސާބިތުވާ އޮޑިހަރުހެ ނަގައި ބިން ސާފުކުރުމަށް އަންގަވައި ހއ. އިހަވަންދޫ އޮފީހުން މޫސާ ޙުސައިންއަށް ދީފައިވާކަން އެނގެން އޮންނަ މި މުއްދަތަކީ، މޫސާ ޙުސައިން ޤާނޫނާއި ޤަވާޢިދުގައި ބުނެފައިވާ އުޞޫލާ ޚިލާފަށް އަޅާފައިވާ މި އޮޑިހަރުގެ ރޫޅާލައި، ބިން ސާފުކުރުމަށްޓަކައި މޫސާ ޙުސައިންއަށް ދެވިފައިވާ އެކަށީގެންވާ މުއްދަތެއް ނޫންކަމަށް ބެލެވޭނެތަނެއް ނެތްކަން އެނގެން އޮންނައޮތުމެވެ.
(މ) ދިހަވަނަ ކަމަކީ، ޤާނޫނުއަސާސީގެ 64 ވަނަ މާއްދާގައި ޤާނޫނަކުން ބާރުލިބިގެން މެނުވީ ދައުލަތުގެ އެއްވެސް މުވައްޒަފަކު، އެއްވެސް މީހަކަށް އަމުރެއް ކޮށްގެން ނުވާނެކަމަށާއި އަދި ޣައިރު ޤާނޫނީ އެއްވެސް އަމުރަކަށް ތަބާނުވުމުގެ ޙައްޤު ކޮންމެ މީހަކަށްމެ ލިބިގެންވާކަމަށް ބަޔާންކުރެވިފައިވާއިރު، އިސްވެ އިޝާރާތް ކުރެވުނު ޤާނޫނު ނަންބަރު 2002/1 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) އާއި އެ ޤާނޫނުގެ ދަށުން 1 މާރޗް 2008 ގައި ހެދިފައިވާ އިސްވެ އިޝާރާތް ކުރެވުނު "ދިރިއުޅުމަށް ދޫކުރާ ބަންޑާރަ ގޯތި ފިޔަވައި އެހެން ބޭނުންތަކަށް ސަރުކާރާއި އަމިއްލަ ފަރާތްތަކަށް ބިން ދޫކުރުމާއިބެހޭ ޤަވާޢިދު" ގައި އޮޑި ދޯނި ފަހަރު ބަނުން ފަދަ ބޭނުންތަކަށް ދައުލަތުގެ ބިން ދޫކުރުމާ ބެހޭގޮތުން އުޞޫލުތަކެއް ކަނޑައެޅިފައިވާކަން އެނގެން އޮންނައިރު، 2009 ގައި މޫސާ ޙުސައިން ހއ. އިހަވަންދޫގައި އަޅާފައިވާކަމަށް ބުނާ އޮޑިހަރުގެ މޫސާ ޙުސައިން އަޅާފައިވަނީ ޤާނޫނާ ޤަވާޢިދާ ޚިލާފަށްކަން މޫސާ ޙުސައިންގެ ބަހުންވެސް އެނގެން އޮތުމުން، ޤާނޫނާ ޤަވާޢިދާ ޚިލާފަށް މޫސާ ޙުސައިން އެޅިކަމަށް ބުނާ އޮޑިހަރުގެ ނަގައި ބިން ސާފުކުރުމަށް މޫސާ ޙުސައިންއަށް އިސްވެ ބަޔާންވެ ދިޔަ އެންގުންތައް ހއ. އިހަވަންދޫ އޮފީހުން މޫސާ ޙުސައިންއަށް އަންގާފައިވަނީ ޤާނޫނުއަސާސީގެ 64 ވަނަ މާއްދާއާ ޚިލާފަށް ކަމަށް ބެލެވޭނެ ތަނެއް ނެތްކަން އެނގެން އޮންނައޮތުމެވެ.
(ފ) އެގާރަވަނަ ކަމަކީ، ޤާނޫނުއަސާސީގެ 40 ވަނަ މާއްދާގެ (ހ) ގައި މުދާ ހޯދުމާއި، މިލްކުކުރުމާއި، ވާރުތަ ކުރުމާއި، ދިނުމާއި، މުދަލުން މުޢާމަލާތު ކުރުމުގެ ޙައްޤު ކޮންމެ ރައްޔިތަކަށްމެ ލިބިގެންވާކަމަށް ކަނޑައެޅި ބަޔާންވެފައި ވާއިރު، ޤާނޫނުއަސާސީގެ މި މާއްދާ ތަފްސީރު ކުރެވެންޖެހޭނީ ޤާނޫނުއަސާސީގެ ކަމާ ގުޅުންހުރި އެހެނިހެން މާއްދާތަކުގައި ބަޔާންވެގެންވާ އުޞޫލުތަކާ ތަޢާރުޟުނުވާ ގޮތުގެމަތިން ކަމާއި މިގޮތުން ބަލާއިރު، ޤާނޫނުއަސާސީގެ 2 ވަނަ މާއްދާއިން ދިވެހި ރާއްޖެއަކީ އިސްލާމީ އުޞޫލުތަކުގެ މައްޗަށް ބިނާވެގެންވާ ދައުލަތެއްކަމާއި އަދި ޤާނޫނުއަސާސީގެ 10 ވަނަ މާއްދާގެ (ހ) އިން ދިވެހި ދައުލަތުގެ ދީނަކީ އިސްލާމް ދީން ކަމާއި އަދި އިސްލާމް ދީނަކީ، ދިވެހިރާއްޖޭގެ ޤާނޫނުގެ މައިގަނޑު މަޞްދަރުކަން އެނގެން އޮންނައިރު ޤާނޫނުއަސާސީގެ 19 ވަނަ މާއްދާގައި އިސްލާމީ ޝަރީޢަތުގައި ނުވަތަ ޤާނޫނުގައި ކަނޑައެޅިގެން މަނާކޮށްފައި ނުވާ ކޮންމެކަމެއް ކުރުމުގެ މިނިވަންކަން ކޮންމެ ރައްޔިތަކަށްމެ ލިބިގެންވާ ކަމަށް ކަނޑައެޅި ބަޔާންވެފައި ވުމުން، ޤާނޫނުއަސާސީގެ 40 ވަނަ މާއްދާގެ (ހ) ގެ ދަށުން މުދާ ހޯދުމާއި، މިލްކު ކުރުމާއި، ވާރުތަ ކުރުމާއި، ދިނުމާއި، މުދަލުން މުޢާމަލާތު ކުރުމުގެ ޙައްޤު ކޮންމެ ރައްޔިތަކަށްމެ ލިބިގެންވަނީ އިސްލާމީ ޝަރީޢަތުގައާއި ދިވެހިރާއްޖޭގެ ޤާނޫނުތަކާއި ޤަވާޢިދުތަކުގައި ކަނޑައެޅި ބަޔާންވެފައިވާ އުޞޫލުތަކާއި ހަމަތަކުގެ މަތިންކަމާއި އެހެންކަމުން ޤާނޫނުއަސާސީގެ 40 ވަނަ މާއްދާގެ (ހ) ގައި ބުނާފަދަ ޙައްޤުތައް އެ މާއްދާގެ ދަށުން ލިބިދީފައިވަނީ އިސްލާމީ ޝަރީޢަތާއި ދިވެހިރާއްޖޭގެ ޤާނޫނުތަކާއި ޤަވާޢިދުތަކުގައި ކަނޑައެޅި ބަޔާންވެފައިވާ ހަމަތަކާއި އުޞޫލުތަކާ ޚިލާފަށް ކަމަށް ބެލެވޭނެ ގޮތަކަށް ޤާނޫނުއަސާސީގެ 40 ވަނަ މާއްދާގެ (ހ) ތަފްސީރު ކުރެވޭނެ ޖާގައެއް ނެތްކަން ރަނގަޅަށް އެނގެން އޮންނައިރު، އިސްވެ އިޝާރާތްކުރެވުނު ޤާނޫނު ނަންބަރު 2002/1 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) އާއި އެ ޤާނޫނުގެ ދަށުން 1 މާރޗް 2008 ގައި ހެދިފައިވާ އިޝާރާތްކުރެވުނު ޤަވާޢިދުގައި، އޮޑި ދޯނި ފަހަރު ބަނުން ފަދަ ބޭނުންތަކަށް ދައުލަތުގެ ބިން ދޫކުރުމާ ބެހޭގޮތުން އުޞޫލުތަކެއް ކަނޑައެޅި ބަޔާންވެފައި އޮތުމުން އެ އުޞޫލުތަކާ ޚިލާފަށް، އޮޑި ދޯނި ފަހަރު ބަނުމުގެ ބޭނުމަށް ދައުލަތުގެ ބިން ބޭނުންކުރުމަކީ ބުނެވުނު ޤާނޫނުއާއި ޤަވާޢިދު ހުއްދަ ކޮށްފައިވާ ކަމެއްނޫންކަން ސާފުކޮށް އެނގެން އޮތުމުގެ އިތުރުން އެހެން ފަރާތަކަށް ގެއްލުން ވާގޮތަށް، ތިމާއަށް ލިބިފައިވާ ޙައްޤުގެ ބޭނުން ކުރުމަކީ އިސްލާމީ ޝަރީޢަތުގައި ކަނޑައެޅިގެން މަނާކުރައްވާފައިވާ ކަމެއްކަން އިސްވެ ބަޔާންކުރެވިދިޔަ ޝަރުޢީ ދަލީލުތަކުން އެނގެން އޮތުމުން 2009 ގައި މޫސާ ޙުސައިން ހއ. އިހަވަންދޫގައި އަޅާފައިވާކަމަށް ބުނާ އޮޑިހަރުގެ މޫސާ ޙުސައިން އަޅާފައިވަނީ މިބާވަތުގެ މަސައްކަތް ކުރުމާބެހޭ ގޮތުން ބުނެވުނު ޤާނޫނާއި ޤަވާޢިދުގައި ކަނޑައެޅި ބަޔާންކޮށްފައިވާ އުޞޫލުތަކާ ޚިލާފަށް، ދައުލަތުގެ ކަމާބެހޭ އިދާރާތަކުގެ ހުއްދަ ހޯދުމަކާ ނުލައިކަން އެނގެން އޮތުމުން މޫސާ ޙުސައިން އެޅި މި އޮޑިހަރުގެ ރޫޅާލައި ބިންސާފުކުރުމަށް ހއ. އިހަވަންދޫ އޮފީހުން މޫސާ ޙުސައިންއަށް އަންގާފައިވާ އިސްވެ އިޝާރާތްކުރެވުނު އެންގެވުންތައް އެ އޮފީހުން މޫސާ ޙުސައިންއަށް އަންގާފައި އެވަނީ ޤާނޫނުއަސާސީގެ 40 ވަނަ މާއްދާގެ (ހ) އާ ޚިލާފަށްކަމަށް ބެލެވޭނެ ދުސްތޫރީ އަދި ޤާނޫނީ ހަމައެއްވިއަސް ނެތްކަން އެނގެން އޮންނައޮތުމެވެ.
(ދ) ބާރަވަނަ ކަމަކީ، ޤާނޫނުއަސާސީގެ 40 ވަނަ މާއްދާގެ (ށ) ގައި " މީސްމީހުންގެ މުދަލަކީ ނިގުޅައިގަނެގެން ވާނޭ ތަކެއްޗެއް ނޫނެވެ. ފަހެ، ޢާންމުވެގެންވާ މަންފާއަކަށް ޓަކައި، ޤާނޫނުގައި ކަނޑައެޅި ބަޔާންވެފައިވާ ގޮތެއްގެމަތިން، އަދި އެކަމަށްޓަކައި ކޯޓަކުން ކުރާ ޙުކުމަކުން މެނުވީ އެއްވެސް މީހެއްގެ މުދަލެއް އެމީހެއްގެ ރުހުންނެތި ދައުލަތަށް ނަގައިގެން ނުވާނެއެވެ. އަދި މީހެއްގެ މުދަލެއް ދައުލަތަށް ނަގަންވާނީ ކޯޓުން ކަނޑައަޅާ ޢަދުލުވެރި ބަދަލެއް އެ މުދަލެއްގެ ވެރި ފަރާތަށް ދިނުމަށް ފަހުގައެވެ." މިފަދައިން ބަޔާންކޮށްފައި އޮންނަ އޮތުމަށާއި އަދި ޤާނޫނު ނަންބަރު 68/4 ޖ. (ޢާންމު ޤާނޫނުތަކެއް) ގެ 7 ވަނަ މާއްދާގައި ދައުލަތަށް ނުވަތަ ރައްޔިތަށް ޢާންމު ވެގެންވާ ފައިދާއަކަށްޓަކައި މީހުންގެ މިލްކް ރުއްގަސް، ދަނޑުބިން، ގޮވަތި ގެދޮރު އަދި މިނޫންވެސް އެއްޗެއް ދައުލަތަށް ބޭނުންވެއްޖެނަމަ، އެ އެއްޗެހި ދައުލަތަށް ހިފެވޭނެ އުޞޫލުތައް ކަނޑައަޅައި ބަޔާންކުރުމުގެ ގޮތުން މި މާއްދާގައި ބަޔާންކޮށްފައިވާ އަޙްކާމްތަކަށް ބަލާއިރު، ޤާނޫނުއަސާސީގެ 40 ވަނަ މާއްދާގެ (ށ) އާއި އިސްވެ އިޝާރާތް ކުރެވުނު ޤާނޫނު ނަންބަރު 68/4 ޖ. (ޢާންމު ޤާނޫނުތަކެއް) ގެ 7 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ ޢާންމުވެގެންވާ މަންފާއަކަށް ޓަކައި މީހެއްގެ މިލްކެއް ދައުލަތަށް ނަގަންޖެހިއްޖެ ޙާލަތެއްގައި، ކަންކުރަންޖެހޭ އުޞޫލުތައް ކަން ޤާނޫނުއަސާސީގެ 40 ވަނަ މާއްދާގެ (ށ) އާއި މި އިޝާރާތް ކުރެވުނު ޤާނޫނު ނަންބަރު 68/4 ޖ. ގެ 7 ވަނަ މާއްދާގެ ޞަރީޙަ ޢިބާރާތަށް ބެލުމުން ސާފުކޮށް އެނގެން އޮތްއިރު، ހއ. އިހަވަންދޫގައި މޫސާ ޙުސައިން އަޅާފައިވާކަމަށް މޫސާ ޙުސައިން ބުނާ އޮޑި ހަރުގެ ރޫޅާލައި ބިން ސާފުކުރުމަށް ހއ. އިހަވަންދޫ އޮފީހުން މޫސާ ޙުސައިން އަށް އަންގާފައިވާކަން އެނގޭ އިސްވެ އިޝާރާތްކުރެވުނު އެއްވެސް އެންގުމެއްގައި މި އެންގުންތައް މޫސާ ޙުސައިންއަށް އަންގަންޖެހުނީ އެ އޮޑި ހަރުގޭގައި ހުރި މޫސާ ޙުސައިންގެ އޮޑި ދޯނި ފަހަރު ޢާންމުވެގެންވާ މަންފާއަކަށްޓަކައި ދައުލަތަށް ބޭނުންވެގެން އެތަކެތި ދައުލަތަށް ނަގަންޖެހޭތީ ނޫންކަން އެ އެންގެވުންތަކަށް ބެލުމުން އެނގެން އޮންނާތީ އާއި އަދި މޫސާ ޙުސައިން ހއ. އިހަވަންދޫގައި އަޅާފައިވާކަމަށް ބުނާ އެ އޮޑިހަރުގެ ހުރި ބިމަކީ އެއްވެސް އިރެއްގައި ދައުލަތުގެ ކަމާބެހޭ ފަރާތަކުން މޫސާ ޙުސައިން އަށް ދޫކޮށްފައިވާ ބިމެއްނޫންކަން ދެފަރާތުގެ ބަހުންވެސް އެނގެން އޮތުމުންނާއި އަދި ތިލަދުންމަތީ އުތުރު ބުރީ އިހަވަންދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 33/A7C/2010 ޤަޟިއްޔާ ގައި މޫސާ ޙުސައިން ކޮށްފައިވާ ދަޢުވާގައިވެސް، މޫސާ ޙުސައިން ބަންނަންފަށާފައިވާ އޮޑިތަކެއް، ޢާއްމުވެގެންވާ މަންފާއަކަށް ޓަކައި ދައުލަތަށް ބޭނުންވެގެން ދައުލަތަށް އެ އޮޑިފަހަރު ނެގިކަމަށް ބަޔާންކޮށްފައިވެސް ނެތަތީއާއި ހއ. އިހަވަންދޫ އޮފީހުން މޫސާ ޙުސައިން އަށް އަނގާފައިވާކަން އެނގެން އޮންނަ އިސްވެ އިޝާރާތްކުރެވުނު އެންގުންތައް މޫސާ ޙުސައިން އަށް އަންގަންޖެހުނީ ހއ. އިވަހަންދޫގައި މޫސާ ޙުސައިން އަޅާފައިވާ، މި މައްސަލައިގައި މިވާހަކަ ދެކެވޭ އޮޑި ހަރުގެ މޫސާ ޙުސައިން އަޅާފައިވަނީ، އޮޑި ހަރުގެއެއް ނުވަތަ އޮޑިއެއް ބަނުމަށް ހަރުގެ އެޅުމަށް ބިމެއް މޫސާ ޙުސައިންއަށް ދޫނުކުރަނީސް، ޤާނޫނާ ޤަވާޢިދާ ޚިލާފަށްކަމަށް ވާތީ އެ ސަބަބަށްޓަކައި ކަން ދެފަރާތުގެ ބަހުން އެނގެން އޮތުމުން މިޙާލަތަކީ ޤާނޫނުއަސާސީގެ 40 ވަނަ މާއްދާގެ (ށ) އާއި އަދި ޤާނޫނު ނަންބަރު 68/4 ޖ. ގެ 7 ވަނަ މާއްދާގައި ބުނާ ޙާލަތާ އެއްގޮތްވާގޮތަށް އޮތް ޙާލަތެއްކަމަށް ބެލެވޭނެ ތަނެއް ނެތްކަން އެނގެން އޮންނައޮތުމެވެ.
(ތ) ތޭރަވަނަ ކަމަކީ، ހއ. އިހަވަންދޫގައި މޫސާ ޙުސައިން އަޅާފައިވާކަމަށް މޫސާ ޙުސައިން ބުނާ އޮޑި ހަރުގެ ރޫޅާލައި ބިން ސާފުކުރުމަށް ހއ. އިހަވަންދޫ އޮފީހުން މޫސާ ޙުސައިންނަށް އަންގާފައިވަނީ، އޮޑި ހަރުގެއެއް ނުވަތަ އޮޑިއެއް ބަނުމަށް ހަރުގެ އެޅުމަށް މޫސާ ޙުސައިންއަށް ބިން ދޫނުކުރަނީސް، ޤާނޫނާ ޤަވާޢިދާ ޚިލާފަށް މޫސާ ޙުސައިން އޮޑިހަރުގެ އަޅާފައިވާތީކަން މިކަމާގުޅިގެން 22 ޑިސެމްބަރ 2009 އާއި 14 ފެބްރުއަރީ 2010 ގައި މޫސާ ޙުސައިންނަށް ހއ. އިހަވަންދޫ އޮފީހުން އަންގާފައިވާކަން އެނގެން އޮންނަ އިސްވެ އިޝާރާތް ކުރެވުނު އެންގެވުންތަކުން އެނގެންއޮތް ނަމަވެސް، އޭގެތެރެއިން އެއްވެސް އެންގެވުމެއްގައި ނުވަތަ އެނޫން އެންގެވުމެއްގައިވެސް، ޤާނޫނާ ޤަވާޢިދާ ޚިލާފަށް މޫސާ ޙުސައިން މި އޮޑިހަރުގެ އަޅާފައިވާތީ އޭގެ ބަދަލުގައި އެ އޮޑިހަރުގެ އާއި އެތަނުގައި ހުރިނަމަ ހުރި މޫސާ ޙުސައިންގެ ތަކެތި ދައުލަތަށް ނަގާނެކަމަށް ބުނެ އެއްވެސް އެންގުމެއް މޫސާ ޙުސައިންއަށް ހއ. އިހަވަންދޫ އޮފީހުން އަންގާފައި ނުވާކަމާއި އަދި އެއޮޑި ހަރުގެ މޫސާ ޙުސައިން އަޅާފައިވަނީ ޤާނޫނާ ޤަވާޢިދާ ޚިލާފަށްކަމަށް ވާތީ އެ އޮޑިހަރުގެ ރޫޅާލައި ބިންސާފުކުރުމަށް ހއ. އިހަވަންދޫ އޮފީހުން މޫސާ ޙުސައިންއަށް އަންގާފައިވަނީ އެކަންކުރުމަށް އެކަށީގެންވާ ވަރުގެ ދިގު މުއްދަތުތަކެއް މޫސާ ޙުސައިންއަށް ދީފައިކަމާއި މިކަންކަން ހއ. އިހަވަންދޫ އޮފީހުން މޫސާ ޙުސައިންއަށް އަންގާފައިވާ އިސްވެ އިޝާރާތްކުރެވުނު އެންގެވުންތަކުން ސާފުކޮށް އެނގެން އޮންނާތީ މޫސާ ޙުސައިން ޤާނޫނާ ޤަވާޢިދާ ޚިލާފަށް އެ އޮޑިހަރުގެ އަޅާފައިވާތީ އޭގެ ބަދަލުގައި މޫސާ ޙުސައިންގެ މުދާ، ދައުލަތަށް ހިފާފައި ވާކަމަށް ބެލެވޭނެތަނެއް ނެތްކަން އެނގެން އޮތުމުން މި އޮޑި ހަރުގޭގެ މައްސަލައިގައި ޤާނޫނުއަސާސީގެ 40 ވަނަ މާއްދާގެ (ރ) އާ ޚިލާފަށް ހއ. އިވަހަންދޫ އޮފީހުން މިކަމުގައި ޢަމަލުކޮށްފައި ވާކަމަށް ބެލެވޭނެ ތަނެއް ނެތްކަން އެނގެން އޮންނައޮތުމެވެ.
(ލ) ސާދަވަނަ ކަމަކީ، މޫސާ ޙުސައިން ހއ. އިހަވަންދޫ ގައި އަޅާފައިވާކަމަށް ބުނާ އޮޑިހަރުގެ އަޅާފައިވަނީ ޤާނޫނާ ޤަވާޢިދާ ޚިލާފަށްކަން މަތީގައި ބަޔާންކުރެވިދިޔަ ގޮތުގެމަތިން ޝަރީޢަތަށް ސާބިތުވެފައިވާއިރު، އެ އޮޑިހަރުގެ އާއި އެތާނގައި ހުރިނަމަ ހުރި މޫސާ ޙުސައިންގެ ތަކެތި ނަގައި ބިން ސާފުކުރުމަށް ހއ. އިހަވަންދޫ އޮފީހުން އެކަށީގެންވާ ދިގު މުއްދަތުތަކެއް ދީފައިވާކަންވެސް ސާބިތުވެފައިވާއިރު، އެ މުއްދަތުތަކުގެ ތެރޭގައި އެ އޮޑިހަރުގެ އާއި އެތާނގައި ހުރިނަމަ ހުރި މޫސާ ޙުސައިންގެ ތަކެތި ނަގައި މޫސާ ޙުސައިންގެ ތަކެތި ގެންދިއުމަކީ، މޫސާ ޙުސައިންގެ އަމިއްލަ އިޚްތިޔާރުގައި އޮންނާނެ ކަމެއްކަމަށް ވާއިރު، މި މައްސަލައިގައި ހއ. އިހަވަންދޫ ކައުންސިލްގެ އިދާރާގެ މައްޗަށް ދަޢުވާކުރާ ފަރާތަކީ މޫސާ ޙުސައިން ކަމަށްވުމުން، މޫސާ ޙުސައިން އެޅިކަމަށް ބުނާ މި އޮޑިހަރުގެ އާއި އެތާނގައި ހުރިނަމަ ހުރި މޫސާ ޙުސައިންގެ ތަކެތި ނަގައި ބިން ސާފުކުރުމަށް ހއ. އިހަވަންދޫ އޮފީހުން މޫސާ ޙުސައިންއަށް ދީފައިވާ މުއްދަތުގެ ތެރޭގައި އެ އޮޑިހަރުގެ އާއި އެތާނގައި ހުރިނަމަ ހުރި މޫސާ ޙުސައިންގެ ތަކެތި ނަގައިގެން ގެންދިއުމަށް ހއ. އިހަވަންދޫ އޮފީހުން ނުވަތަ އެ އޮފީހުގެ އެދުމުގެ މަތިން މޯލްޑިވްސް ޕޮލިސްސަރވިސްއިން ހުރަސްއަޅާފައިވާކަން ސާބިތުކޮށް ދިނުމުގެ ބުރަ، ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން އުފުލަންޖެހޭ ފަރާތަކީ މޫސާ ޙުސައިން ކަމަށްވާއިރު، މިކަން ސާބިތުކުރުމަށްޓަކައި މޫސާ ޙުސައިންގެ ފަރާތުން ޝަރީޢަތަށް ހުށަހަޅާފައިވަނީ ހަމައެކަނި ހިއުމަންރައިޓްސް ކޮމިޝަން އޮފްދަ މޯލްޑިވްސްގެ ނަންބަރު 0554/2010 (23/02/2010) ގެ މައްސަލަ ނިމުގޮތުގެ ރިޕޯޓުކަމަށްބުނާ ލިޔުމެއްކަން މޫސާ ޙުސައިންގެ ބަހުން އެނގެން އޮންނައިރު، މިރިޕޯޓަށް ބަލާއިރު މިރިޕޯޓަކީ ހއ. އިހަވަންދޫ ނީލޯފަރުމާގެ މުޙައްމަދު ޙުސައިން އެކޮމިޝަނަށް ހުށަހެޅުމުން އެ ކޮމިޝަނުން ގޮތެއް ނިންމާފައިވާ މައްސަލައެއްގެ ރިޕޯޓެއްކަން މި ރިޕޯޓުން އެނގެން އޮތުމުން، މި ރިޕޯޓަކީ ހއ. އިވަހަންދޫގައި މޫސާ ޙުސައިން އެޅިކަމަށްބުނާ އޮޑިހަރުގެ އަޅާފައިވަނީ ޤާނޫނާއި ޤަވާޢިދާ ޚިލާފަށް ކަމަށްވާތީ އެ އޮޑިހަރުގެ އާއި އަދި އެތާނގައި ހުރިނަމަ ހުރި މޫސާ ޙުސައިންގެ ތަކެތިނަގައި ބިން ސާފުކުރުމަށް ހއ. އިހަވަންދޫ އޮފީހުން މޫސާ ޙުސައިންއަށް އެންގުމާ ގުޅިގެން މުސާ ޙުސައިން އެ އެންގެވުމާ އެއްގޮތަށް ޢަމަލުކުރުމުގެ ގޮތުން އެ އޮޑިހަރުގެ އާއި އަދި އެތަނުގައި ހުރިނަމަ ހުރި މޫސާ ޙުސައިން ތަކެތި ނަގައިގެން ގެންދަން އުޅުމުން ހއ. އިހަވަންދޫ އޮފީހުގެ ފަރާތުން ނުވަތަ އެ އޮފީހުގެ އެދުމަކަށް މޯލްޑިވްސް ޕޮލިސްސަރވިސްގެ ފަރާތުން ހުރަސްއަޅައި މޫސާ ޙުސައިންގެ ތަކެތި ގެންދިއުމަށް އެ މުއައްސަސާތަކުން މަނާކޮށްފައިވާކަމަށް ބުނެ މޫސާ ޙުސައިންގެ ފަރާތުން ހިއުމަންރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް ގައި އެއްވެސް ޝަކުވާއެއް ކޮށްގެން އެ ކޮމިޝަނުން ބަލާފައިވާ މައްސަލައެއްގެ ރިޕޯޓެއް ނޫންކަމާއި ނަމަވެސް އެ ރިޕޯޓުގައި ހއ. އިހަވަންދޫގައި މޫސާ ޙުސައިން އެޅިކަމަށްބުނާ އޮޑިހަރުގޭގެ ވާހަކަ އައިސްފައި ވީނަމަވެސް، ހއ. އިވަހަންދޫގައި މޫސާ ޙުސައިން އަޅާފައިވާ އޮޑިހަރުގެ އަޅާފައިވަނީ ޤާނޫނާ ޤަވާޢިދާ ޚިލާފަށްކަމަށްވާތީ އެ އޮޑިހަރުގެ ރޫޅާލައި ބިން ސާފުކުރުމަށް މޫސާ ޙުސައިންއަށް ހއ. އިހަވަންދޫ އޮފީހުން އަންގާފައިވާ 02 ވަނަ އެންގުން މޫސާ ޙުސައިންއަށް އަންގާފައިވަނީ 14/02/2010 ގައިކަން އެނގެން އޮންނައިރު އެ ތާރީޚުން ފެށިގެން އެ އެންގުމުގެ ދަށުން މޫސާ ޙުސައިންއަށް ދީފައިވާ 7 ދުވަހުގެ މުއްދަތު ހަމަވެ ނިމޭ ތާރީޚަކީ 20/02/2010 ގެ ނިޔަލަންކަން އެނގެން އޮންނައިރު، މޫސާ ޙުސައިންގެ ފަރާތުން މި ހުށަހެޅި ހިއުމަންރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް ގެ އިސްވެ އިޝާރާތްކުރެވުނު ރިޕޯޓުގައި ޕޮލިހުން އެ ކޮމިޝަނަށް މި ހަރުގެއާ ބެހޭގޮތުން ދީފައިވާ މަޢުލޫމާތާ ޙަވާލާދީ ފާހަގަކޮށްފައިވާ ކަންކަމަށް ބަލާއިރު، އެ ހަރުގެ ރޫޅާލަން ޕޮލިހުން އެރަށަށް އައިސްފައިވަނީ 21/02/2010 ގެ ތާރީޚުގައި ކަން އެ ރިޕޯޓުން އެނގެން އޮތުމުން، 14/02/2010 ގައި ހއ. އިހަވަންދޫ އޮފީހުން މޫސާ ޙުސައިންއަށް، މި ހަރުގެ ރޫޅާލައި ބިން ސާފުކުރުމަށް އަންގާފައިވާ އެންގުމުގެ މުއްދަތު ހަމަވުމުގެ ކުރިން މޫސާ ޙުސައިން އެޅިކަމަށް ބުނާ މި ހަރުގެ ރޫޅާލާފައި ނުވާކަމާއި އަދި މި ހަރުގެ ރޫޅާލާފައިވަނީ 21/02/2010 ގައިކަން މި ރިޕޯޓުން އެނގެން އޮންނައިރު، މިހަރުގެ އަޅާފައިވާ ތަކެއްޗާއި އަދި ހަރުގޭގައި ހުރިނަމަ ހުރި މޫސާ ޙުސައިންގެ ތަކެތި ނަގައިގެން ގެންދިއުމަށް ހއ. އިހަވަންދޫ އޮފީހުން ނުވަތަ އެ އޮފީހުގެ އެދުމަކަށް މޯލްޑިވްސް ޕޮލިސްސަރވިސް އިން އެއްވެސް ހުރަހެއް އަޅައި، މޫސާ ޙުސައިންގެ ތަކެތި ގެންދިއުމަށް އެ މުއައްސަސާތަކުން މަނާކޮށްފައިވާކަމުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން ލިބޭ ހެއްކެ ނުވަތަ ޤަރީނާއެއްވިއަސް އެ ރިޕޯޓުން ފެންނަން ނެތްކަމާއި އަދި ބުނެވުނު ރިޕޯޓުގެ ދަށުން ހުށަހެޅިފައިވާ މައްސަލަ އެ ކޮމިޝަނުން ނިންމަވާފައިވަނީ، އެ މައްސަލައަކީ ޝަރުޢީ ކޯޓެއް މެދުވެރިކޮށް ބަލަމުންދާ މައްސަލައެއް ކަމަށްވާތީ އެ ކޮމިޝަނުން އެ މައްސަލަ އިތުރަށް ކުރިއަށް ނުގެންދެވޭނެކަމަށް ބައްލަވައި އެކަން އެމައްސަލަ ހުށަހެޅި ފަރާތަށް އަންގަވާފަކަމާއި މިކަންކަން މި ރިޕޯޓުން އެނގެން އޮތުމުން، މި ރިޕޯޓަކީ، މޫސާ ޙުސައިން ހއ. އިހަވަންދޫގައި އެޅިކަމަށް ބުނާ އޮޑިހަރުގެ އާއި އަދި އެތާނގައި ހުރިނަމަ ހުރި މޫސާ ޙުސައިންގެ ތަކެތި ނަގައި ބިން ސާފުކުރުމަށް ހއ. އިވަހަންދޫ އޮފީހުން މޫސާ ޙުސައިންއަށް ދީފައިވާ މުއްދަތުތަކުގެ ތެރޭގައި އެ އޮޑިހަރުގެ އާއި އެތާނގައި ހުރިނަމަ ހުރި މޫސާ ޙުސައިންގެ ތަކެތި ނަގައިގެން ގެންދިއުމަށް ހއ. އިހަވަންދޫ އޮފީހުން ނުވަތަ އެ އޮފީހުން އެދުމުގެ މަތިން މޯލްޑިވްސް ޕޮލިސް ސަރވިސްއިން ހުރަސްއަޅައި، މޫސާ ޙުސައިންގެ މުދާ ގެންދިއުމަށް އެ މުއައްސަސާތަކުން މަނާކޮށްފައިވާ ކަމުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން އެއްވެސް މިންވަރެއްގެ ހެއްކެއް ނުވަތަ ޤަރީނާއެއް ވިއަސް އެ ރިޕޯޓުން ލިބޭފަދަ ރިޕޯޓެއް ނޫންކަން އެނގެން އޮތުމުން މޫސާ ޙުސައިން ހއ. އިހަވަންދޫގައި ޤާނޫނާ ޤަވާޢިދާ ޚިލާފަށް އަޅާފައިވާކަން ސާބިތުވާ މި އޮޑިހަރުގެ، ރޫޅާލައި އެތަނުގައި ހުރިނަމަ ހުރި މޫސާ ޙުސަންގެ ތަކެތި ނަގައި ބިން ސާފުކުރުމަށް ހއ. އިހަވަންދޫ އޮފީހުގެ ފަރާތުން މޫސާ ޙުސައިން އަށް ދީފައިވާ މުއްދަތުގެ ތެރޭގައި، މި އޮޑިހަރުގެ އާއި އަދި އެތަނުގައި ހުރިނަމަ ހުރި މޫސާ ޙުސަންގެ ތަކެތި ނަގައިގެން ގެންދިއުމަށް އެއްވެސް މިންވަރެއްގެ ހުރަހެއް އަޅައި، އެތަކެތި ގެންދިއުން ހއ. އިހަވަންދޫ އޮފީހުގެ ފަރާތުން ނުވަތަ އެ އޮފީހުގެ އެދުމުގެ މަތިން މޯލްޑިވްސް ޕޮލިސް ސަރވިސްއިން މަނާކޮށްފައިވާކަން ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން ސާބިތުވާ ހެއްކެއް ނުވަތަ ޤަރީނާއެއްވިއަސް މޫސާ ޙުސައިންގެ ފަރާތުން ޝަރީޢަތަށް ދެއްކިފައިނުވާކަން އެނގެން އޮތުމެވެ.
(ގ) ފަނަރަވަނަ ކަމަކީ، ޤާނޫނު ނަންބަރު 2002/1 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) ގެ ދަށުން އެކުލަވާލެވިފައިވާ "ދިރިއުޅުމަށް ދޫކުރާ ބަންޑާރަ ގޯތި ފިޔަވައި އެހެނިހެން ބޭނުންތަކަށް ސަރުކާރާއި އަމިއްލަ ފަރާތްތަކަށް ބިން ދޫކުރުމާއިބެހޭ ޤަވާޢިދު" ގެ ދަށުން ހޯދަންޖެހޭ ހުއްދަ ނުނަގައި، ހއ. އިހަވަންދޫގައި މޫސާ ޙުސައިން އަޅާފައިވާކަމަށް ބުނާ އޮޑިހަރުގެ މޫސާ ޙުސައިންގެ ފަރާތުން އަޅަންޖެހުނީ އެ ޤަވާޢިދުގައި ބުނާ ރކ. ކޮމިޓީ އޭރު އުވިފައިވުމުން ކަމަށް މޫސާ ޙުސައިންގެ ފަރާތުން ބުނަމުން ދާއިރު، އެ އޮޑި ހަރުގެ އެޅި ދުވަސްވަރު ރކ. ކޮމިޓީ އުވިފައިވުމަކީ، އެ ޤަވާޢިދު މުޅިން އުވިގެން ދާންޖެހޭ ސަބަބަކަށް ނުވާކަމާއި އަދި އެ ޤަވާޢިދުގެ އެއްވެސް މާއްދާއެއްގައި އެ ޤަވާޢިދުގައި ބުނާ ރކ. ކޮމިޓީ އުވިއްޖެ ޙާލަތެއްގައި، އޮޑިހަރުގެ އެޅުމުގެ ބޭނުމަށް އެމީހަކު ބޭނުން މިންވަރަކަށް ބޭނުންތަނަކުން ދައުލަތުގެ ބިންނަގައި ބޭނުންކުރުން ހުއްދަވާނެކަމަށް ބަޔާންކޮށްފައި ނުވާކަމާއި އެހެންކަމުން މޫސާ ޙުސައިން މި އޮޑިހަރުގެ އެޅިއިރު، މި ޤަވާޢިދުގައި ބުނާ ރކ. ކޮމިޓީ އުވިފައިވާނަމަ އެ ޙާލަތުގައިވެސް މިފަދަ ބޭނުމަށް ދައުލަތުގެ ބިން ދޫކުރުމަށް ހަމަޖެހިފައިވާ އުޞޫލަކީ ކޮބައިތޯ ބަލައި، ޤާނޫނާއި ޤަވާއިދުގައި ހަމަޖެހިފައިވާ އުޞޫލުގެ މަތިން ޢަމަލުކުރުމަކީ މޫސާ ޙުސައިންގެވެސް ޒިންމާއެއް ކަމަށްވާއިރު، އެފަދަ އެއްވެސްކަމަކަށް ބެލުމެއް ނެތި މޫސާ ޙުސައިން މި އޮޑިހަރުގެ އަޅާފައިވުމުން، މޫސާ ޙުސައިން މި އޮޑިހަރުގެ އަޅާފައިވަނީ ޤާނޫނީގޮތުން މިފަދަ އޮޑިހަރުގެ ތަކަށް ލިބެންވާ ޤާނޫނީ ޙިމާޔަތާއި ރައްކާތެރިކަން ހޯދުމަކާ ނުލައިކަން އެނގެން އޮންނަކަމެވެ.
(ޏ) ސޯޅަވަނަ ކަމަކީ، އިސްވެ ބަޔާންވެކުރެވި ދިޔަ ކަންކަމަށް ރިޢާޔަތްކޮށް ބަލާއިރު، ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 33/A7C/2010 ޤަޟިއްޔާގައި ހއ. އިހަވަންދޫ ކައުންސިލްގެ އިދާރާގެ މައްޗަށް މޫސާ ޙުސައިން ކޮށްފައިވާ ދަޢުވާގައި މޫސާ ޙުސައިންއަށް ލިބުނުކަމަށް ބުނާ ގެއްލުމުގެ ބަދަލާއި އަދި އެ ދަޢުވާގައި ބުނާ ހަރުގެ ހަދާފައިވާ ތަކެތީގެ އަގު ހއ. އިހަވަންދޫ ކައުންސިލްގެ އިދަރާގެ ކިބައިން ނަގައިދެވޭނެ ޝަރުޢީ އަދި ޤާނޫނީ ސަބަބެއް ދައްކައި އެކަން މޫސާ ޙުސައިންގެ ފަރާތުން ޝަރީޢަތަށް ސާބިތުކޮށްދެވިފައި ނުވާކަން އެނގެން އޮންނަކަމަށްޓަކައި މޫސާ ޙުސައިންގެ މި ދަޢުވާގައި މޫސާ ޙުސައިންއަށް ލިބުނުކަމަށް ބުނާ ގެއްލުމުގެ ބަދަލާއި އަދި އެދަޢުވާގައި ބުނާ ހަރުގެ ހަދާފައިވާ ތަކެތީގެ އަގު ހއ. އިހަވަންދޫ ކައުންސިލްގެ އިދާރާގެ ކިބައިން ނަގައިދެވޭނޭ ޝަރުޢީ އަދި ޤާނޫނީ އަސާސެއް ނެތްކަން އެނގެން އޮންނަ އޮތުމެވެ.
ޙުކުމް
އިސްވެދިޔަ ސަބަބުތަކާއި ފާހަގަކުރެވުނު ނުކުތާ ތަކުގެ މައްޗަށް ރިޢާޔަތްކޮށް ބެލުމުން
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/12 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ ޚިލާފުކަމަށް ބެލެވޭނެ ތަނެއް ނެތްކަމަށްޓަކައި އެ ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މި މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ތާއީދުކޮށް މިގޮތުގެމަތިން ޙުކުމް ކޮށްފީމެވެ.
ފަނޑިޔާރު އަލްއުސްތާޛު އާދަމް މުޙައްމަދު ޢަބްދުﷲ
ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ޢަރީފް
ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.