ނަން ފޮރުވާފައި ވ. ނަން ފޮރުވާފައި
މި ޤަޟިއްޔާގައި ޚަޞްމުންގެ ނަން ފޮރުވާފައި.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- 2012/HC-A/10، 10/M.7.C/2011
- ފަހުގެ ތާރީޚު
- —
ކޯ ޓާމްސް
ޚުލާޞާ
- ކޯޓަށް އައި ގޮތް
- ބަންޑާރަ ގޯއްޗެއް ވާރިޘުންގެ މެދުގައި ބައިކުރުމަށް ހުށަހެޅުމުން، މެޖިސްޓްރޭޓް ކޯޓުން (10/M.7.C/2011) ގޯތީގެ 3/2 އެއް ވާރިޘަކަށާއި 3/1 އަނެއް ވާރިޘަކަށް ދިނެވެ. ހައިކޯޓުން (2012/HC-A/10) ގޯތި އެ ދެ ވާރިޘުންގެ މެދުގައި ހަމަހަމައަށް ބައިކުރިއެވެ.
- ވާޤިޢާ
- ބަންޑާރަ ގޯއްޗެއް ޙަވާލުކުރެވިފައިވާ މީހާ ނިޔައުވިއިރު ހަ ދަރިން ތިއްބެވެ. ތިން ދަރިން އެމީހުންގެ ބައި ޝަރްޠެއްނެތި އެހެން ވާރިޘުންނަށް ދޫކޮށްލިއެވެ. އިލްތިމާސްކުރި ވާރިޘު ޢިމާރާތާއި ބިމުން އޭނާއަށް ލިބޭ ބައި ކޮއްކޮއަށް ލިބޭގޮތަށް ޝަރްޠުކޮށް ހަދިޔާކުރާ ކަމަށް މެޖިސްޓްރޭޓް ކޯޓުގައި ބަޔާނެއް ދިނެވެ.
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ބަންޑާރަ ގޯއްޗެއްގައިވާ ޢިމާރާތާއި ނުއުފުލޭ މުދަލުން ތަރިކައިގެ އުޞޫލުން ލިބޭ ބައި އަދި ގޯތީގެ ބިމުން ލިބޭ ބައި އެހެން ވާރިޘަކަށް ލިބޭގޮތަށް ޝަރްޠުކޮށް ވާރިޘަކު ހަދިޔާކުރުމަކީ ޞައްޙަ ތަޞައްރުފެއްތޯ، އަދި އެ ހަދިޔާގެ މައްޗަށް ބިނާކޮށް އެ ވާރިޘު ތަރިކައިން މަޙުރޫމްކޮށް ގޯތީގެ ބިން ބައިކުރުމަކީ ޝަރްޢީ އަދި ޤާނޫނީ އުޞޫލުތަކާ އެއްގޮތްވާ ނިންމުމެއްތޯ.
- ޚަޞްމުންގެ ހުށަހެޅުންތައް
- އިލްތިމާސްކުރި ފަރާތުން ބުނީ ތަރިކައިން ލިބޭ ޙައްޤު އޭނާ ދޫކޮށްލީ ވަކި ޝަރްޠުތަކާއެކު ކަމަށާއި، އެގޮތަށް ހަދިޔާކުރެވެން ނެތްއިރު އޭނާ ބޭނުންވާ ގޮތް ސާފުނުކޮށް ހައިކޯޓުން މައްސަލަ ނިންމުމުން އޭނާ ތަރިކައިން މަޙުރޫމްވި ކަމަށެވެ. އޭނާ ހުރިހާ ވާރިޘުންނަށް ހަދިޔާކުރި ކަމަށް ބެލުމަކީ ޙައްޤަށް އުނިކަން ލިބޭ މާނަކުރުމެއް ކަމަށް ބުންޏެވެ.
- ކޯޓުގެ ސަބަބުތައް
- ޤާނޫނު ނަންބަރު 1/2001 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) ގެ 15 ވަނަ މާއްދާއާއި ގުޅޭ ޤަވާޢިދުގެ ދަށުން ބަންޑާރަ ގޯތި ބައިކުރެވޭނީ ޢިމާރާތާއި ނުއުފުލޭ މުދާ ތަރިކައިން ލިބޭ މީހުންގެ މެދުގައެވެ. ބިމުން އިތުރު ބައެއް އެހެން ވާރިޘަކަށް ދިނުން ޝަރްޠުކޮށް ހަދިޔާކުރުމަކީ ބާޠިލު ތަޞައްރުފެކެވެ. ކޯޓުން ވާރިޘު ބޭނުންވާ ގޮތް ސާފުނުކޮށް އޭނާ މަޙުރޫމްކުރުމަކީ ޝަރްޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފެވެ.
ނިންމުން
ދަށުކޯޓުގެ ނިންމުން ބާޠިލުދ. މާއެނބޫދޫ މެޖިސްޓްރޭޓް ކޯޓުގެ 10/M.7.C/2011 ޙުކުމާއި ހައިކޯޓުގެ 2012/HC-A/10 ޙުކުމަކީ ޝަރްޢީ އަދި ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް ކޮށްފައިވާ ޙުކުމްތަކެއް ނޫންކަމަށް ކަނޑައަޅައި، އެ ދެ ޙުކުމް ބާޠިލުކޮށް، ގޯތީގައިވާ ޢިމާރާތާއި ނުއުފުލޭ މުދާ ތަރިކައިގެ އުޞޫލުން ލިބިގަތުމަށް ބޭނުންވާ ތިން ވާރިޘުން (އިލްތިމާސްކުރި ފަރާތް ހިމެނޭގޮތުން) ހިމަނައިގެން ގޯތީގެ ބިން ބައިކޮށް ލިބިދިނުމުގެ މައްސަލަ އަލުން ބެލުމަށް ހައިކޯޓަށް ތަޙުވީލުކުރި.
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 ބަންޑާރަ ގޯއްޗެއް ދޫކުރެވިފައިވާ މީހަކު މަރުވެއްޖެނަމަ، އެ ގޯއްޗެއްގައިވާ ޢިމާރާތާއި ނުއުފުލޭ މުދާ ތަރިކައިގެ އުޞޫލުން ލިބޭ މީހުންގެ މެދުގައި ޤާނޫނީ ހަމަތަކުގެ މަތިން އެ ގޯތި ބައިކޮށް ލިބިދެވިދާނެކަން ޤާނޫނު ނަންބަރު 1/2001 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) ގެ 15 ވަނަ މާއްދާ އާއި، އެ ޤާނޫނުގެ ދަށުން ހަދާފައިވާ "ނުއުފުލޭ މުދާ ތަރިކައިން ލިބިގެން ބަންޑާރަ ގޯތީގެ ބިމުން ލިބުމާބެހޭ ޤަވާޢިދު" އިން އެނގެން އޮވެއެވެ.
HN2 ބަންޑާރަ ބިމަކީ އޭގެޒާތުގައި ތަރިކައިގައި ހިމެނޭ މުދަލެއް ނޫނެވެ. އެއީ ދައުލަތުގެ މިލްކެކެވެ. އެހެންކަމުން ބަންޑާރަ ގޯއްޗެއް ދޫކުރެވިފައިވާ މީހަކު މަރުވެއްޖެނަމަ، އެ ގޯއްޗެއްގައިވާ ނުއުފުލޭ މުދާ ތަރިކައިގެ އުޞޫލުން ޙައްޤުވެގެންވާ އެއްވެސް ފަރާތަކަށް އެ ގޯތީގެ ބިމާމެދު ތަޞައްރުފުކުރުމުގެ ޙައްޤު ލިބިގެން ނުވެއެވެ. ވާރިޘުންގެ މެދުގައި ބަންޑާރަ ބިން ބައިކުރުމާއި ލިބިދިނުމަކީ ޤާނޫނުގައިވާ ގޮތުގެމަތިން ތަންޡީމުކުރެވޭ ކަމެކެވެ.
HN3 ބަންޑާރަ ގޯއްޗެއްގައިވާ ޢިމާރާތާއި ނުއުފުލޭ މުދާ ތަރިކައިގެ އުޞޫލުން ލިބުން ޙައްޤުވެގެންވާ ވާރިޘުންގެ ތެރެއިން، އެމީހުންނަށް ޙައްޤުވާ މުދާ ތަރިކައިގެ އުޞޫލުން ލިބިގަތުމަށް އެދިފައި ނުވާ، އަދި އެ މުދާ އެހެން ވާރިޘުންނަށް އެއްވެސް ޝަރްޠަކާ ނުލައި ދޫކޮށްލާފައިވާ ވާރިޘުންނަކީ، އޭގެ ނަތީޖާއެއްގެ ގޮތުން އެ ބަންޑާރަ ގޯތީގެ ބިން ޤާނޫނީ ހަމަތަކުގެ މަތިން ބައިކޮށް ލިބިދެވިދާނެ ބައެއް ނޫނެވެ.
HN4 ބަންޑާރަ ގޯއްޗެއްގައިވާ ޢިމާރާތާއި ނުއުފުލޭ މުދަލުން ތަރިކައިގެ އުޞޫލުން ވާރިޘަކަށް ޙައްޤުވާ ބަޔާއި އެ ގޯތި ބައިކުރުމުން އޭނާއަށް ޙައްޤުވާ ބައި އެހެން ވާރިޘަކަށް ލިބޭގޮތަށް ޝަރްޠުކޮށް ހަދިޔާކޮށްފިކަމަށް ބަޔާންދިނުމަކުން، އެ ގޯތީގެ ބިމުން އެ އެހެން ވާރިޘަށް އިތުރު ބައެއް ލިބިދެވޭނެ ޤާނޫނީ އަސާސެއް ނެތެވެ. އެހެނީ، ތަރިކައިގެ އުޞޫލުން ޙައްޤުވާ ބައި އޭނާއަށް ލިބި މިލްކުވުމުގެ ކުރިން އެބައި އޭނާ ވަނީ ދޫކޮށްލާފައި ކަމާއި، ބަންޑާރަ ގޯތި ދޫކުރެވިފައިވާ މީހާ ނިޔައުވުމުން އެ ގޯތި ޤާނޫނީ ހަމަތަކުގެ މަތިން ބައިކޮށް ޙަވާލުކުރެވޭނީ، އެ ގޯތީގައިވާ ޢިމާރާތާއި ނުއުފުލޭ މުދާ ތަރިކައިގެ އުޞޫލުން ލިބޭ މީހުންގެ މެދުގައި އެކަނި ކަމެވެ.
HN5 ވާރިޘަކަށް ބަންޑާރަ ގޯއްޗެއްގައިވާ ޢިމާރާތާއި ނުއުފުލޭ މުދަލުންނާއި އެ ގޯތީގެ ބިމުން ލިބޭ ބައި އެހެން ވާރިޘަކަށް ލިބިދެވޭ ގޮތަށް ޝަރްޠުކޮށް ހަދިޔާކުރުމަކީ ޢަމަލުކުރެވޭ ޤާނޫނީ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން ކުރެވޭނެ ތަޞައްރުފެއް ނޫންކަމަށްވާތީ، ކޯޓުން އެކަން އެ ވާރިޘަށް އެންގުމާއެކު، އެ ގޯތީގައިވާ ޢިމާރާތާއި ނުއުފުލޭ މުދަލުން ތަރިކައިގެ އުޞޫލުން ޙައްޤުވާ ބައި އޭނާ ލިބިގަތުމަށް ބޭނުންވޭތޯ ސާފުކުރަންވާނެއެވެ. އެ ބައި ލިބިގަތުމަށް އޭނާ ބޭނުންވާނަމަ، އެ ގޯތީގައިވާ ޢިމާރާތާއި ނުއުފުލޭ މުދާ ތަރިކައިގެ އުޞޫލުން ލިބޭ މީހުންގެ ތެރޭގައި އަދި އެ ގޯތި ބައިކޮށް ލިބިދެވޭ މީހުންގެ ތެރޭގައިވެސް އޭނާ ޤާނޫނީ ހަމަތަކުގެމަތިން ހިމެނެންވާނެއެވެ.
HN6 ބަންޑާރަ ގޯތީގެ ބިމުން ވާރިޘަކަށް ލިބޭ ބައިވެސް އެހެން ވާރިޘަކަށް ލިބިދިނުން ޝަރްޠުކޮށް، އެ ގޯތީގައިވާ ޢިމާރާތާއި ނުއުފުލޭ މުދަލުން ތަރިކައިގެ އުޞޫލުން އޭނާއަށް ލިބޭ ބައި ހަދިޔާކުރުމަކީ އޭގެޒާތުގައި ބާޠިލު ތަޞައްރުފެކެވެ. އެހެންކަމުން، ތަރިކައިން ލިބޭ ބަޔާމެދު ޢަމަލުކުރަން އެ ވާރިޘު އިޚްތިޔާރުކުރާ ގޮތެއް ސާފުކުރުމަކާ ނުލައި، ގޯތީގައިވާ ޢިމާރާތާއި ނުއުފުލޭ މުދަލުންނާއި ގޯތީގެ ބިމުން ލިބުމުގެ ޙައްޤުން އޭނާ މަޙުރޫމްވާގޮތަށް މައްސަލަ ނިންމުމަކީ ޝަރްޢީ އަދި ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް ނިންމުމެއް ނޫނެވެ.
ވަކީލުންނާއި ފަނޑިޔާރުން
- ވަކީލުން
- —
- ބެންޗު
- ޑރ. އަޙްމަދު ޢަބްދުﷲ ދީދީ (ރިޔާސަތު)، އާދަމް މުޙައްމަދު ޢަބްދުﷲ، ޢަބްދުﷲ ދީދީ
- ރިޔާސަތު
- ޑރ. އަޙްމަދު ޢަބްދުﷲ ދީދީ
- ރައުޔު ލިޔުނު ފަނޑިޔާރު
- —
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ފަރާތްތަކާއި ކުޑަކުދިން ރައްކާތެރިކުރުމަށްޓަކައި މި ލިޔުމުން ބައެއް ނަންތަކާއި ތަފްޞީލު ފޮރުވާފައިވޭ.
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ކޯޓުން ޕެރެގްރާފް ނަންބަރު ޖަހާފައި ނުވާތީ، [ ] ތެރޭގައިވާ ނަންބަރުތައް ޖަހާފައިވަނީ ސަޢީދު ލެކްސް އިން.
ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރު: 2015/SC-A/11
ދަޢުވާކުރާ ފަރާތް: [ނަން ފޮރުވާފައި]، [އެޑްރެސް ފޮރުވާފައި]
ދަޢުވާ ލިބޭ ފަރާތް: [ނަން ފޮރުވާފައި]، [އެޑްރެސް ފޮރުވާފައި] / މާލެ
މައްސަލައިގެ ބާވަތް: ވާރުތަ މުދާ ނުވަތަ ތަރިކަ ބެހުން
މައްސަލަ އައިގޮތް: އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމުން
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް: އުއްތަމަ ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ، ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ، ފަނޑިޔާރު ޢަބްދުﷲ ދީދީ
އިލްތިމާސްކުރެވުނު ޤަޟިއްޔާ
ނަންބަރު: 2012/HC-A/10
ނިންމެވި ކޯޓު: ދިވެހިރާއްޖޭގެ ހައިކޯޓު
މައްސަލައިގެ ޚުލާޞާ
[1]މިއީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/10 ޤަޟިއްޔާ، އެ ކޯޓުން ބަލައި ނިންމާފައިވަނީ ޝަރްޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ، އެ ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމް ބާޠިލުކޮށްދިނުމަށް އެދި، [އެޑްރެސް ފޮރުވާފައި]، [ނަން ފޮރުވާފައި]ގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިލްތިމާސްކުރުމުން ބެލިފައިވާ ޤަޟިއްޔާއެކެވެ. މި ޤަޟިއްޔާގައި ދަޢުވާ ރައްދުވާ ފަރާތަކީ [އެޑްރެސް ފޮރުވާފައި] / މާލެ، [ނަން ފޮރުވާފައި]އެވެ.
[2]ބުނެވިދިޔަ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/10 ޤަޟިއްޔާއަކީ، ދ. މާއެނބޫދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 10/M.7.C/2011 ޤަޟިއްޔާ އެ ކޯޓުން ނިންމާފައިވަނީ ޝަރްޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ، [އެޑްރެސް ފޮރުވާފައި] / މާލެ، [ނަން ފޮރުވާފައި]ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން ބަލައި ނިންމާފައިވާ ޤަޟިއްޔާއެކެވެ. އަދި ބުނެވިދިޔަ ހައިކޯޓުގެ ނަންބަރު 2012/HC-A/10 ޤަޟިއްޔާގައި ދަޢުވާ ރައްދުވާ ފަރާތަކީ [އެޑްރެސް ފޮރުވާފައި]، [ނަން ފޮރުވާފައި]އެވެ.
ފާހަގަކުރެވުނު ނުކުތާތައް
[3]މި މައްސަލައިގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށާއި، ޤާނޫނުތަކަށާއި، ދ. މާއެނބޫދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 10/M.7.C/2011 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/10 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށާއި، ދަޢުވާކުރާ ފަރާތުންނާއި، ދަޢުވާލިބޭ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅި ލިޔުންތަކަށާއި ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި އަދި މިބާވަތުގެ މައްސަލަތަކާ ގުޅޭ ޤާނޫނީ ޢާންމު މަބްދައުތަކުގެ މައްޗަށް ޝަރްޢީ އަދި ޤާނޫނީ ނަޒަރަކުން ބަލައި ވިސްނިއިރު، މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައި ވެއެވެ.
[4]ދ. މާއެނބޫދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 10/M.7.C/2011 ޤަޟިއްޔާއަކީ، ދ. މާއެނބޫދޫ ރެޑިޔަމްގޭ [ނަން ފޮރުވާފައި]ގެ ތަރިކައިގައި ހިމެނޭ ރެޑިޔަމްގެ އެވެކިޔާ ބަންޑާރަ ގޯތީގައިވާ އެންމެހައި ޢިމާރާތްތަކާއި، ވަޅުފަދަ ތަންތަނާއި އެހެނިހެން މުދާ، ވާރިސުންގެ މެދުގައި ބެހުމަށާއި، ގޯތީގެ ބިން ބައިކޮށްދިނުމަށް އެދި، [އެޑްރެސް ފޮރުވާފައި]، [ނަން ފޮރުވާފައި]ގެ ފަރާތުން ހުށަހެޅުމުން ބެލިފައިވާ ޤަޟިއްޔާއެއްކަން އެނގެން އޮންނައިރު، ދ. މާއެނބޫދޫ ރެޑިޔަމްގެ އެވެކިޔާ ގޯތި ބައިކުރެވޭއިރު، އެމީހެއްގެ ބައިގައި ހުރި ޢިމާރާތާއި ނުއުފުލޭ މުދާ އަގުކުރުމަކާ ނުލައި، އެއީ އެމީހެއްގެ މުދާ ކަމުގައި ހަމަޖެއްސުމަށް އެދިފައިވާތީ، މި މައްސަލައިގެ އިތުރު ބަޔާނުގައިވާ ގޮތުގެމަތިން ދ. މާއެނބޫދޫ ރެޑިޔަމްގެ އެވެކިޔާ ގޯތީގެ 3/1 ބައި ކަމުގައިވާ ހުޅަނގު ފަރާތް، ހުވަނދުމާގެ އާއި އިންވެގެންވާ ބައިގެ ބިމުގެ ތެރޭގައިވާ އެންމެހާ ޢިމާރާތާއި ނުއުފުލޭ މުދާ އެއީ [އެޑްރެސް ފޮރުވާފައި]، [ނަން ފޮރުވާފައި] ގެ މުދަލާއި ތަކެތި ކަމަށާއި، އަދި ދ. މާއެނބޫދޫ ރެޑިޔަމްގެ އެވެކިޔާ ގޯތީގެ އިރުމަތީ ފަރާތުން ގޯތީގެ 3/2 ކަމުގައިވާ ބިމުގެ ތެރޭގައި ހިމެނޭ އެންމެހާ ޢިމާރާތާއި ނުއުފުލޭ މުދަލާއި ތަކެތި އެއީ [އެޑްރެސް ފޮރުވާފައި]، [ނަން ފޮރުވާފައި] ގެ މުދަލާއި ތަކެތި ކަމަށާއި، އަދި މި ތަރިކަ މުދަލުން އެމީހަކަށް ލިބި ޙަވާލުވި އެންމެހައި މުދަލާއި ތަކެތި އެއީ އެމީހެއްގެ މުދަލާއި ތަކެތި ކަމަށާއި، އަދި އެމީހަކަށް ލިބުނު ބައިގެ ބިން ރަޖިސްޓްރީކުރުމަށް މި މައްސަލައިގެ ރިޕޯޓު ކަމާބެހޭ ފަރާތަށް ހުށަހަޅައި، ބިން ރަޖިސްޓްރީކުރުމުގެ ކަންތައް ވީއެންމެ އަވަހަކަށް ނިންމުމަށް ދެ ފަރާތަށް އަންގައި އިޝާރާތްކުރެވުނު ދ. މާއެނބޫދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 10/M.7.C/2011 ޤަޟިއްޔާގައި ޙުކުމްކޮށްފައިވާކަން އެނގެން އޮވެއެވެ.
[5]ދ. މާއެނބޫދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 10/M.7.C/2011 ޤަޟިއްޔާ އެ ކޯޓުން ނިންމާފައިވަނީ ޝަރްޢީ އަދި ޤާނޫނީ ހަމަތަކާއި އެއްގޮތްވާ ގޮތަށް ނޫންކަމަށް ބުނެ، [އެޑްރެސް ފޮރުވާފައި]، [ނަން ފޮރުވާފައި]ގެ ފަރާތުން އެ ޤަޟިއްޔާ އިސްތިއުނާފުކުރުމަށް އެދި، ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބަލައި ނިންމާފައިވާ އެ ކޯޓުގެ ނަންބަރު 2012/HC-A/10 ޤަޟިއްޔާއިން ދ. މާއެނބޫދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 10/M.7.C/2011 ޤަޟިއްޔާގެ ޙުކުމުގައި ދ. މާއެނބޫދޫ ރެޑިޔަމްގެ އެވެކިޔާ ގޯތީގެ 3/1 ބައި ކަމުގައިވާ ހުޅަނގު ފަރާތް، ހުވަނދުމާގެ އާއި އިންވެގެންވާ ބައިގެ ބިމުގެ ތެރޭގައިވާ އެންމެހާ ޢިމާރާތާއި ނުއުފުލޭ މުދާ އެއީ [އެޑްރެސް ފޮރުވާފައި]، [ނަން ފޮރުވާފައި] ގެ މުދަލާއި ތަކެތި ކަމަށާއި، އަދި ދ. މާއެނބޫދޫ ރެޑިޔަމްގެ އެވެކިޔާ ގޯތީގެ އިރުމަތީ ފަރާތުން ގޯތީގެ 3/2 ކަމުގައިވާ ބިމުގެ ތެރޭގައި ހިމެނޭ އެންމެހާ ޢިމާރާތާއި ނުއުފުލޭ މުދަލާއި ތަކެތި އެއީ [އެޑްރެސް ފޮރުވާފައި]، [ނަން ފޮރުވާފައި] ގެ މުދަލާއި ތަކެތި ކަމަށް ކަނޑައަޅާފައިވާ ބައި ބާޠިލުކޮށް، ދ. މާއެނބޫދޫ ރެޑިޔަމްގެ އެވެކިޔާ ގޯތީގެ ހުޅަނގު ފަރާތުން 2/1 (ދެބައިކުޅަ އެއްބައި) ބިމާއި އެ ބިމުގެ ތެރޭގައި ހިމެނޭ އެންމެހައި ޢިމާރާތްތަކާއި ވަޅުފަދަ ތަންތަން [އެޑްރެސް ފޮރުވާފައި]، [ނަން ފޮރުވާފައި] އަށް މިލްކުވެގެންވާ ކަމަށާއި، އަދި ދ. މާއެނބޫދޫ ރެޑިޔަމްގެ އެވެކިޔާ ގޯތީގެ އިރުމަތީ ފަރާތުން 2/1 (ދެބައިކުޅަ އެއްބައި) ބިމާއި އެ ބިމުގެ ތެރޭގައި ހިމެނޭ އެންމެހައި ޢިމާރާތްތަކާއި ވަޅުފަދަ ތަންތަން [އެޑްރެސް ފޮރުވާފައި] [ނަން ފޮރުވާފައި] އަށް މިލްކުވެގެންވާކަމަށް ކަނޑައަޅައި ބުނެވިދިޔަ ހައިކޯޓުގެ ނަންބަރު 2012/HC-A/10 ޤަޟިއްޔާ ބެލުމުގައި ބައިވެރިވި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމް ކޮށްފައިވާކަން އެނގެން އޮވެއެވެ.
[6]ހައިކޯޓުގެ ބުނެވިދިޔަ ނަންބަރު 2012/HC-A/10 ޤަޟިއްޔާގެ ޙުކުމް ބިނާވެގެންވަނީ ޝަރީޢަތް ނުވަތަ ޤާނޫނާ ޚިލާފުވާ ގޮތަށްކަމަށް ބުނެ މި މައްސަލަ އިލްތިމާސްކުރާ ފަރާތުން ހުށަހަޅާފައިވާ މައިގަނޑު ސަބަބަކީ؛ ހައިކޯޓުގެ ނަންބަރު 2012/HC-A/10 ޤަޟިއްޔާ ނިމުނުގޮތުގެ ރިޕޯޓުގެ 2 ވަނަ ނުކުތާގައި [ނަން ފޮރުވާފައި]އަށް ލިބޭ ބައި އޭނާގެ އުޚްތު [ނަން ފޮރުވާފައި]އަށް ހަދިޔާކޮށް ދޫކޮށްލުމުން [ނަން ފޮރުވާފައި]އަކީ ތަރިކައިގައި ހިމެނޭ މުދާ އޭގެ ޒާތުން ލިބޭ މީހެއް ނޫންކަމަށާއި، [ނަން ފޮރުވާފައި]އަށް ތަރިކައިން ލިބޭ ބައި ލިބިގެން ދާނީ [ނަން ފޮރުވާފައި]އަށް ކަމަށް ބަޔާންކޮށްފައިވީ ނަމަވެސް، [ނަން ފޮރުވާފައި] އެދިފައިވާ ގޮތަށް ތަރިކައިން ލިބޭ ބައި، އޭނާގެ އުޚްތު [ނަން ފޮރުވާފައި]އަށް ހަދިޔާކުރެވެން ނެތުމުން، ތަރިކައިން [ނަން ފޮރުވާފައި]އަށް ލިބޭ ބަޔާމެދު ދެން ޢަމަލުކުރަން ބޭނުންވާ ގޮތް ސާފުކުރުމެއް ނެތި، މައްސަލަ ނިންމާފައިވާތީ، [ނަން ފޮރުވާފައި]ވަނީ ތަރިކައިން ލިބޭ ޙައްޤުން މަޙުރޫމުވެފައި ކަމަށާއި، އެއީ [ނަން ފޮރުވާފައި] ވަނީ ވަކި ޝަރުޠުތަކާއެކު ތަރިކައިން ލިބޭ ޙައްޤު ދޫކޮށްލުމަށް އެދި ބަޔާނެއް 13 ޖުލައި 2011 ވަނަ ދުވަހު ދ. މާއެނބޫދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 10/M.7.C/2011 ޤަޟިއްޔާގައި ދީފައިކަމަށާއި، އެހެންކަމުން، [ނަން ފޮރުވާފައި]އަކީ ތަރިކައިން ލިބޭ ޙައްޤު އޭގެޒާތުން މި ތަރިކައިން ލިބުމަށް އެދޭ ހުރިހާ ވާރިސުންނަށް ހަދިޔާކޮށްފައިވާ ފަރާތެއް ކަމުގައި ބެލުމަކީ [ނަން ފޮރުވާފައި]ގެ ޙައްޤަށް އުނިކަން ލިބޭގޮތަށް މާނަކޮށްފައިވާ މާނަކުރުމެއްކަމަށް ބުނެ ހުށަހަޅާފައިވާ ސަބަބުކަން އެނގެން އޮވެއެވެ.
[7]މި މައްސަލައިގެ ވަޤާއިޢުތަކަށް ބަލާއިރު، މި މައްސަލައަކީ ދ. މާއެނބޫދޫ، ރެޑިޔަމްގޭ [ނަން ފޮރުވާފައި] 24 މާރިޗު 2011 ގައި ނިޔައުވެފައިވުމާއެކު، [ނަން ފޮރުވާފައި]ގެ ތަރިކައިގައި ހިމެނޭ ދ. މާއެނބޫދޫ، ރެޑިޔަމްގެ އެވެކިޔާ ބަންޑާރަ ގޯތީގައިވާ އެންމެހައި ޢިމާރާތްތަކާއި، ވަޅުފަދަ ތަންތަނާއި، އެހެނިހެން މުދާ، ވާރިޘުންގެ މެދުގައި ބެހުމަށާއި، ގޯތީގެ ބިން ބައިކޮށްދިނުމަށް އެދި [ނަން ފޮރުވާފައި]ގެ އަންހެން ދަރި، [އެޑްރެސް ފޮރުވާފައި]، [ނަން ފޮރުވާފައި]ގެ ފަރާތުން ދ. މާއެނބޫދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުމުން އެ ކޯޓުގެ ނަންބަރު 10/M.7.C/2011 ޤަޟިއްޔާއިން ބެލެވުނު މައްސަލައެއްކަމާއި، [ނަން ފޮރުވާފައި] ނިޔައުވިތާ ދުވަސްކޮޅެއް ފަހުން ހުވަފަތް އަނބިމީހާ ފާޠިމަތު އަޙްމަދު ނިޔައުވެފައިވާކަމާ، އެހެންކަމުން [ނަން ފޮރުވާފައި]ގެ ތަރިކަ ބެހުމަށާއި، ގޯތީގެ ބިން ބައިކުރުމަށް ހުށަހެޅުނުއިރު، އޭނާގެ ތަރިކައިގެ ވާރިޘުންގެ ގޮތުގައި ތިބީ އޭނާއަށް ލިބިފައިވާ ހަ (6) ދަރިން ކަމަށްވާ ފިރިހެން ދަރި [ނަން ފޮރުވާފައި] އާއި، ފިރިހެން ދަރި [ނަން ފޮރުވާފައި] އާއި، އަންހެން ދަރި [ނަން ފޮރުވާފައި] އާއި، އަންހެން ދަރި [ނަން ފޮރުވާފައި] އާއި، އަންހެން ދަރި [ނަން ފޮރުވާފައި] އާއި، އަންހެން ދަރި [ނަން ފޮރުވާފައި] ކަމާއި، މިނޫން ވާރިޘަކު [ނަން ފޮރުވާފައި]ގެ ހުރިކަން އެނގެން ނެތްކަމާއި، [ނަން ފޮރުވާފައި]ގެ ތަރިކަ މުދަލުން [ނަން ފޮރުވާފައި] އާއި، [ނަން ފޮރުވާފައި] އާއި، [ނަން ފޮރުވާފައި]އަށް ޙައްޤުވާ މުދާ، އެހެން ވާރިޘުންނަށް ހަދިޔާކޮށް، ގޯތީގެ ބިން ދޫކޮށްލާފައިވާކަމާއި، ބުނެވިދިޔަ ތަރިކައިން ޙައްޤުވާ ބާކީތިބި ތިން ވާރިޘުން ކަމުގައިވާ [ނަން ފޮރުވާފައި] އާއި، [ނަން ފޮރުވާފައި] އާއި، [ނަން ފޮރުވާފައި] ގޯތީގެ ބިމުންނާއި މުދަލުން ބޭނުންވާކަމަށާއި، [ނަން ފޮރުވާފައި]އަށްވާ ބައި (މުދަލާއި ބިން ހިމެނޭގޮތުން) [ނަން ފޮރުވާފައި]ގެ ބަޔަށް ހަމަޖެއްސުމަށް [ނަން ފޮރުވާފައި]ގެ ފަރާތުން އެދިފައިވާކަން ދ. މާއެނބޫދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 10/M.7.C/2011 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުންނާއި، އެ ޤަޟިއްޔާގެ މަޙްޟަރު ބަޔާންތަކުން އެނގެން އޮވެއެވެ.
[8]ބަންޑާރަ ގޯއްޗެއް ދޫކުރެވިފައިވާ މީހަކު މަރުވެއްޖެނަމަ، އެ ގޯއްޗެއްގައިވާ ޢިމާރާތާއި ނުއުފުލޭ މުދާ ތަރިކައިގެ އުޞޫލުން ލިބޭ މީހުންގެ މެދުގައި ޤާނޫނީ ހަމަތަކުގެ މަތިން އެ ގޯތި ބައިކޮށް ލިބިދެވިދާނެކަން ޤާނޫނު ނަންބަރު 2001/1 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) ގެ 15 ވަނަ މާއްދާ އާއި، އެ ޤާނޫނުގެ ދަށުން ހަދާފައިވާ "ނުއުފުލޭ މުދާ ތަރިކައިން ލިބިގެން ބަންޑާރަ ގޯތީގެ ބިމުން ލިބުމާބެހޭ ޤަވާޢިދު" އިން އެނގެން އޮންނައިރު، ބަންޑާރަ ބިމަކީ އޭގެޒާތުގައި ތަރިކައިގައި ހިމެނޭ މުދަލެއް ނޫންކަމާއި، އެއީ ދައުލަތުގެ މިލްކެއްކަމާއި، އެހެންކަމުން ބަންޑާރަ ގޯއްޗެއް ދޫކުރެވިފައިވާ މީހަކު މަރުވެއްޖެނަމަ އެ ގޯއްޗެއްގައިވާ ނުއުފުލޭ މުދާ ތަރިކައިގެ އުޞޫލުން ޙައްޤުވެގެންވާ އެއްވެސް ފަރާތަކަށް އެ ގޯތީގެ ބިމާމެދު ތަޞައްރުފުކުރުމުގެ ޙައްޤު ލިބިގެން ނުވާކަމާއި، ވާރިޘުންގެ މެދުގައި ބަންޑާރަ ބިން ބައިކުރުމާއި ލިބިދިނުމަކީ ޤާނޫނުގައިވާ ގޮތުގެމަތިން ތަންޡީމުކުރެވޭ ކަމެއްކަން ޢަމަލުކުރެވޭ ޤާނޫނީ އުޞޫލުތަކާއި އިސްތިޤުރާރުވެފައިވާ ޤަޟާއީ ނިންމުންތަކުން އެނގެން އޮވެއެވެ.
[9]ދ. މާއެނބޫދޫ، ރެޑިޔަމްގޭ [ނަން ފޮރުވާފައި] 24 މާރިޗު 2011 ގައި ނިޔައުވިއިރު، ދ. މާއެނބޫދޫ، ރެޑިޔަމްގެ އެވެކިޔާ ބަންޑާރަ ގޯތި ޙަވާލުކުރެވިފައިވަނީ [ނަން ފޮރުވާފައި] އާއި ކަމާއި، އަދި އެ ގޯތީގައި ހުރި ޢިމާރާތުގެ ވެރިފަރާތަކީވެސް [ނަން ފޮރުވާފައި]ކަން ދ.މާއެނބޫދޫ އޮފީހުން 27-11-1977 ގައި ހަދާދީފައިވާ ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީން އެނގެން އޮންނައިރު، އެ ގޯތީގައިވާ އެންމެހައި ޢިމާރާތްތަކާއި ވަޅުފަދަ ތަންތަނުގެ މިލްކުވެރިކަމާމެދު ދަޢުވާކުރާ ފަރާތެއް ވޭތޯ ބެލުމަށް ކުރި، ސިވިލް ކޯޓުގެ ނަންބަރު 144-A2/2011/244 (10 މޭ 2011) އިޢުލާނަށް އެއްވެސް ފަރާތަކުން އިޖާބަދީފައި ނުވާކަމާ، އަދި [ނަން ފޮރުވާފައި]ގެ ދަރަންޏެއް ފަދަ ކަމެއް އޮވެގެން ދަޢުވާކުރާ ފަރާތެއް އޮތްތޯ ބެލުމަށް ސިވިލް ކޯޓުގައި އެދުމުން އެ ކޯޓުގެ ނަންބަރު 144-A2/2011/1740 (10 މޭ 2011( މެސެޖުން އޭނާގެ މައްޗަށް ދަރަންޏެއްފަދަ ކަމެއް ނެތްކަމަށް އަންގާފައިވާކަމަށް ޙަވާލާދެވުނު ދ. މާއެނބޫދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 10/M.7.C/2011 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގައި ބަޔާންކޮށްފައިވާކަން އެނގެން އޮވެއެވެ.
[10]ދ. މާއެނބޫދޫ ރެޑިޔަމްގެ އެވެކިޔާ ބަންޑާރަ ގޯތި ދޫކުރެވިފައިވާ [ނަން ފޮރުވާފައި] ނިޔައުވުމުން އެ ގޯތީގައިވާ ޢިމާރާތާއި ނުއުފުލޭ މުދާ ތަރިކައިގެ އުޞޫލުން ލިބުން ޙައްޤުވެގެންވާ [ނަން ފޮރުވާފައި]ގެ ހަ (6) ދަރިންގެ ތެރެއިން [ނަން ފޮރުވާފައި] އާއި، [ނަން ފޮރުވާފައި] އާއި، [ނަން ފޮރުވާފައި] އާއި، މި ތިން (3) މީހުންނަށް ޙައްޤުވާ މުދާ ތަރިކައިގެ އުޞޫލުން ލިބިގަތުމަށް އެދިފައި ނުވާކަމާއި، ނަމަވެސް މި ތިން މީހުންނަށް ޙައްޤުވާ މުދާ އެހެން ވާރިޘުންނަށް އެއްވެސް ޝަރްޠަކާ ނުލައި ދޫކޮށްލާފައިވާކަމާއި، އޭގެ ނަތީޖާއެއްގެ ގޮތުން މި ތިން މީހުންނަކީ ދ. މާއެނބޫދޫ ރެޑިޔަމްގެ އެވެކިޔާ ބަންޑާރަ ގޯތީގެ ބިން ޤާނޫނީ ހަމަތަކުގެ މަތިން ބައިކޮށް ލިބިދެވިދާނެ ބައެއް ނޫންކަމާ، އަދި އެއީ [ނަން ފޮރުވާފައި]ގެ ވާރިޘުންގެ މެދުގައި އެއްވެސް ޚުޞޫމަތެއް އުފެދިފައިވާ ކަމެއްވެސް ނޫންކަން އެނގެން އޮވެއެވެ.
[11]ބަޔާންވެދިޔަ ގޮތުގެމަތިން ދ. މާއެނބޫދޫ ރެޑިޔަމްގެ އެވެކިޔާ ބަންޑާރަ ގޯތީގައިވާ ޢިމާރާތާއި ނުއުފުލޭ މުދާ ތަރިކައިގެ އުޞޫލުން ލިބުން ޙައްޤުވެގެންވާ [ނަން ފޮރުވާފައި]ގެ ހަ (6) ދަރިންގެ ތެރެއިން [ނަން ފޮރުވާފައި] އާއި، [ނަން ފޮރުވާފައި] އާއި، [ނަން ފޮރުވާފައި] އާއި، ތިން (3) މީހުންނަށް ޙައްޤުވާ މުދާ އެހެން ވާރިޘުންނަށް އެއްވެސް ޝަރްޠަކާ ނުލައި ދޫކޮށްލާފައިވާއިރު، [ނަން ފޮރުވާފައި]ގެ ބާކީ ތިބި ތިން (3) ދަރިން [ނަން ފޮރުވާފައި] އާއި، [ނަން ފޮރުވާފައި] އާއި، [ނަން ފޮރުވާފައި] ބުނެވުނު ގޯތީގައިވާ ޢިމާރާތާއި ނުއުފުލޭ މުދާ ތަރިކައިގެ އުޞޫލުން ލިބިގަތުމަށް ބޭނުންވާކަމަށާއި، އަދި އެ ގޯތީގެ ބިމުންވެސް ލިބިގަތުމަށް ބޭނުންވާ ކަމަށާއި، ނަމަވެސް އޭގެތެރެއިން [ނަން ފޮރުވާފައި]އަށް އެ ގޯތީގައިވާ ޢިމާރާތާއި ނުއުފުލޭ މުދަލުން ލިބޭ ބަޔާއި، ގޯތީގެ ބިން ބައިކޮށް ލިބޭ ބައި އޭނާގެ ކޮއްކޮ [ނަން ފޮރުވާފައި]އަށް ހަދިޔާކޮށްފައިވާކަމަށް ބުނެ 13 ޖުލައި 2011 ގައި ދީފައިވާ ބަޔާނުގެ މައްޗަށް ބިނާކޮށް ދ. މާއެނބޫދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 10/M.7.C/2011 ޤަޟިއްޔާއިން ބުނެވުނު ދ. މާއެނބޫދޫ ރެޑިޔަމްގެ އެވެކިޔާ ގޯތީގެ ބަންޑާރަ ބިން ބައިކޮށް އެ ބިމުގެ 3/2 (ތިންބައިކުޅަ ދެބައި) [ނަން ފޮރުވާފައި]އަށް ލިބިދިނުމާއެކު، އެ ބިމުގެ 3/1 (ތިންބައިކުޅަ އެއްބައި) [ނަން ފޮރުވާފައި]އަށް ލިބިދީފައިވާކަން އެނގެން އޮވެއެވެ.
[12]ދ. މާއެނބޫދޫ ރެޑިޔަމްގެ އެވެކިޔާ ބަންޑާރަ ގޯތީގައިވާ ޢިމާރާތާއި ނުއުފުލޭ މުދަލުން ތަރިކައިގެ އުޞޫލުން [ނަން ފޮރުވާފައި]އަށް ޙައްޤުވާ ބަޔާއި އެ ގޯތި ބައިކުރުމުން [ނަން ފޮރުވާފައި]އަށް ޙައްޤުވާ ބައި [ނަން ފޮރުވާފައި]އަށް ލިބޭގޮތަށް ޝަރްޠުކޮށް ހަދިޔާކޮށްފިކަމަށް ބުނެ [ނަން ފޮރުވާފައި]ގެ ފަރާތުން ބަޔާންދިނުމަކުން އެ ގޯތީގެ ބިމުން [ނަން ފޮރުވާފައި]އަށް އިތުރު ބައެއް ލިބިދެވޭނެ ޤާނޫނީ އަސާސެއް ނެތްކަމާއި، އެހެނީ، ބުނެވުނު ގޯތީގައިވާ ޢިމާރާތާއި ނުއުފުލޭ މުދަލުން [ނަން ފޮރުވާފައި]އަށް ތަރިކައިގެ އުޞޫލުން ޙައްޤުވާ ބައި އޭނާއަށް ލިބި މިލްކުވުމުގެ ކުރިން އެބައި އޭނާ ވަނީ ދޫކޮށްލާފައިކަމާއި، އެބައި [ނަން ފޮރުވާފައި]އަށް ލިބޭގޮތަށް ޝަރްޠުކޮށް ދޫކޮށްލުމަކީ އެއްވެސް ޙާލެއްގައި [ނަން ފޮރުވާފައި]އަށް އެ ގޯތީގެ ބިމުން އިތުރު ބައެއް ޙައްޤުވާންޖެހޭ ޤާނޫނީ ސަބަބެއް ނޫންކަމާއި، ސަބަބަކީ، ދ. މާއެނބޫދޫ ރެޑިޔަމްގެ އެވެކިޔާ ބަންޑާރަ ގޯތި ދޫކުރެވިފައިވާ [ނަން ފޮރުވާފައި] ނިޔައުވުމުން އެ ގޯތި ޤާނޫނީ ހަމަތަކުގެ މަތިން ބައިކޮށް ޙަވާލުކުރެވޭނީ، އެ ގޯތީގައިވާ ޢިމާރާތާއި ނުއުފުލޭ މުދާ ތަރިކައިގެ އުޞޫލުން ލިބޭ މީހުންގެ މެދުގައި އެކަނި ކަމާއި، އެ ގޯތީގައިވާ ޢިމާރާތާއި ނުއުފުލޭ މުދާ ތަރިކައިގެ އުޞޫލުން ލިބުން ޙައްޤުވެގެންވާ [ނަން ފޮރުވާފައި]ގެ ހަ (6) ދަރިންގެ ތެރެއިން [ނަން ފޮރުވާފައި] އާއި، [ނަން ފޮރުވާފައި] އާއި، [ނަން ފޮރުވާފައި] އާއި، ތިން (3) މީހުންނަށް ޙައްޤުވާ މުދާ އެހެން ވާރިޘުންނަށް އެއްވެސް ޝަރްޠަކާ ނުލައި ދޫކޮށްލުމަށް ފަހު، އަދި [ނަން ފޮރުވާފައި]އަށް އެ ގޯތީގައިވާ ޢިމާރާތާއި ނުއުފުލޭ މުދަލުންނާއި އެ ގޯތީގެ ބިމުން ޙައްޤުވާ ބައި، [ނަން ފޮރުވާފައި]އަށް ލިބޭގޮތަށް ޝަރްޠުކޮށް ދޫކޮށްލުމަށް ފަހު، އެ ގޯތީގައިވާ ޢިމާރާތާއި ނުއުފުލޭ މުދާ ތަރިކައިގެ އުޞޫލުން ލިބިފައިވަނީ ޙަޤީޤަތުގައި [ނަން ފޮރުވާފައި] އާއި، [ނަން ފޮރުވާފައި]އަށް އެކަނި ކަމާއި، އެހެންކަމުން އެ ގޯތީގެ ބިން ދ. މާއެނބޫދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 10/M.7.C/2011 ޤަޟިއްޔާގައި ހުށަހެޅިފައިވާ ވަޤާއިޢުތަކުގެ މައްޗަށް ބިނާކޮށް ބައިކުރެވެންޖެހޭނީ އުޞޫލެއްގެ ގޮތުން [ނަން ފޮރުވާފައި] އާއި، [ނަން ފޮރުވާފައި] އާ ދެމެދު ހަމަހަމަޔަށްކަން އެނގެން އޮންނައިރު، ދ. މާއެނބޫދޫ މެޖިސްޓްރޭޓް ކޯޓުގެ ބުނެވުނު ޤަޟިއްޔާއިން ދ. މާއެނބޫދޫ ރެޑިޔަމްގެ އެވެކިޔާ ގޯތީގެ ބަންޑާރަ ބިން ބައިކޮށް އެ ބިމުގެ 3/2 (ތިންބައިކުޅަ ދެބައި) [ނަން ފޮރުވާފައި]އަށް ލިބިދިނުމާއެކު، އެ ބިމުގެ 3/1 (ތިންބައިކުޅަ އެއްބައި) [ނަން ފޮރުވާފައި]އަށް ލިބިދީފައިވަނީ ޢަމަލުކުރެވޭ ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަން އެނގޭކަމާއި، އެހެން ނަމަވެސް، [ނަން ފޮރުވާފައި]އަށް ދ. މާއެނބޫދޫ ރެޑިޔަމްގެ އެވެކިޔާ ގޯތީގައިވާ ޢިމާރާތާއި ނުއުފުލޭ މުދަލުންނާއި އެ ގޯތީގެ ބިމުން ލިބޭ ބައި [ނަން ފޮރުވާފައި]އަށް ލިބިދެވޭ ގޮތަށް ޝަރްޠުކޮށް ހަދިޔާކުރުމަކީ [ނަން ފޮރުވާފައި]އަށް ޢަމަލުކުރެވޭ ޤާނޫނީ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން، ކުރެވޭނެ ތަޞައްރުފެއް ނޫންކަމަށްވާތީ، ކޯޓުން އެކަން [ނަން ފޮރުވާފައި]އަށް އެންގުމާއެކު، [ނަން ފޮރުވާފައި] އެދިފައިވާގޮތަށް އޭނާއަށް ދ. މާއެނބޫދޫ ރެޑިޔަމްގެ އެވެކިޔާ ގޯތީގައިވާ ޢިމާރާތާއި ނުއުފުލޭ މުދަލުން ޙައްޤުވާ ބައި، އެ ގޯތީގެ ބިމުން އޭނާއަށް ޙައްޤުވާ ބަޔާއެކު [ނަން ފޮރުވާފައި]އަށް ލިބިދެވޭ ގޮތައް ޝަރްޠުކޮށް ޤާނޫނީ ހަމަތަކުގެ މަތިން ހަދިޔާކުރެވެން ނެތުމުން، އެ ގޯތީގައިވާ ޢިމާރާތާއި ނުއުފުލޭ މުދަލުން [ނަން ފޮރުވާފައި]އަށް ތަރިކައިގެ އުޞޫލުން ޙައްޤުވާ ބައި އޭނާ ލިބިގަތުމަށް ބޭނުންވޭތޯ ސާފުކުރަންވާނެކަމާއި، އެ ބައި ލިބިގަތުމަށް އޭނާ ބޭނުންވާނަމަ، އެ ގޯތީގައިވާ ޢިމާރާތާއި ނުއުފުލޭ މުދާ ތަރިކައިގެ އުޞޫލުން ލިބޭ މީހުންގެ ތެރޭގައި [ނަން ފޮރުވާފައި]ވެސް ޤާނޫނީ ހަމަތަކުގެމަތިން ހިމެނެންވާނެކަމާއި، އަދި އެ ގޯތި ބައިކޮށް ލިބިދެވޭ މީހުންގެ ތެރޭގައިވެސް [ނަން ފޮރުވާފައި] ހިމެނެންވާނެކަން މިބާވަތުގެ މައްސަލަތަކުގައި ޢަމަލުކުރެވޭ ޤާނޫނީ އުޞޫލުތަކަށް ބެލުމުން އެނގެން އޮވެއެވެ.
[13]ދ. މާއެނބޫދޫ ރެޑިޔަމްގެ އެވެކިޔާ ގޯތީގައިވާ ޢިމާރާތާއި ނުއުފުލޭ މުދަލުން [ނަން ފޮރުވާފައި]އަށް ތަރިކައިގެ އުޞޫލުން ލިބޭ ބައި އޭނާގެ އުޚްތު [ނަން ފޮރުވާފައި]އަށް ހަދިޔާކޮށް ދޫކޮށްލުމުން [ނަން ފޮރުވާފައި]އަކީ އެ ގޯތީގައިވާ ޢިމާރާތާއި ނުއުފުލޭ މުދާ އޭގެޒާތުން ލިބޭ މީހެއް ނޫންކަމަށާއި [ނަން ފޮރުވާފައި]އަށް ތަރިކައިން ލިބޭ ބައި ލިބިގެންދާނީ [ނަން ފޮރުވާފައި]އަށް ކަމަށާއި، އެހެންކަމުން، މި މައްސަލައިގައި ބަޔާންކުރެވިފައިވާ ދ. މާއެނބޫދޫ ރެޑިޔަމްގެ އެވެކިޔާ ބަންޑާރަ ގޯތީގެ ބިމާއި ޢިމާރާތްތައް އޭގެ ޒާތުން ލިބިގެންވަނީ [ނަން ފޮރުވާފައި] އާއި [ނަން ފޮރުވާފައި]އަށް ކަމަށް ހައިކޯޓުގެ ނަންބަރު 2012/HC-A/10 ޤަޟިއްޔާގައި ކަނޑައަޅާފައިވަނީ ޢަދާލަތާއި އިންޞާފުގެ ހަމަތަކާ އެއްގޮތަށް ނޫންކަމާއި، އެހެނީ ދ. މާއެނބޫދޫ ރެޑިޔަމްގެ އެވެކިޔާ ގޯތީގައިވާ ޢިމާރާތާއި ނުއުފުލޭ މުދަލުން [ނަން ފޮރުވާފައި]އަށް ތަރިކައިގެ އުޞޫލުން ލިބޭ ބައި އޭނާގެ އުޚްތު [ނަން ފޮރުވާފައި]އަށް ހަދިޔާކޮށް ދޫކޮށްލާފައިވަނީ އެ ގޯތީގެ ބިމުން [ނަން ފޮރުވާފައި]އަށް ލިބޭ ބައިވެސް [ނަން ފޮރުވާފައި]އަށް ލިބިދިނުން ޝަރްޠުކޮށްފައި ކަމުގައިވާއިރު، އެގޮތުގެމަތިން ޝަރްޠުކޮށް އެ ގޯތީގައިވާ ޢިމާރާތާއި ނުއުފުލޭ މުދަލުން [ނަން ފޮރުވާފައި]އަށް ތަރިކައިގެ އުޞޫލުން ލިބޭ ބައި އޭނާގެ އުޚްތު [ނަން ފޮރުވާފައި]އަށް ހަދިޔާކުރުމަކީ އޭގެޒާތުގައި ބާޠިލު ތަޞައްރުފެއް ކަމުގައިވާއިރު، އެގޮތުގެމަތިން ތަޞައްރުފުކުރުމަކީ ޤާނޫނީ ހަމަތަކުގެމަތިން ކުރެވޭނެ ކަމަކަށް ނުވުމުން، ބުނެވުނު ގޯތީގައިވާ ޢިމާރާތާއި ނުއުފުލޭ މުދަލުން [ނަން ފޮރުވާފައި]އަށް ތަރިކައިގެ އުޞޫލުން ލިބޭ ބަޔާ މެދު ޢަމަލުކުރަން [ނަން ފޮރުވާފައި] އިޚްތިޔާރުކުރާ ގޮތެއް ސާފުކުރުމަކާ ނުލައި، ދ. މާއެނބޫދޫ ރެޑިޔަމްގެ އެވެކިޔާ ގޯތީގައިވާ ޢިމާރާތާއި ނުއުފުލޭ މުދަލުންނާއި، އެ ގޯތީގެ ބިމުން ލިބުމުގެ ޙައްޤުން [ނަން ފޮރުވާފައި] މަޙުރޫމްވާގޮތަށް ހައިކޯޓުގެ ނަންބަރު 2012/HC-A/10 ޤަޟިއްޔާ ނިންމާފައިވަނީ ޝަރްޢީ އަދި ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް ނޫންކަން އެނގެން އޮވެއެވެ.
[14]އިސްވެ ބަޔާންވެދިޔަ ކަންތަކުގެ މައްޗަށް ރިޢާޔަތްކުރާއިރު، ދ. މާއެނބޫދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 10/M.7.C/2011 ޤަޟިއްޔާގައި [ނަން ފޮރުވާފައި] ދީފައިވާ ބަޔާނުގައި އެދިފައިވާ ގޮތަށް، އޭނާއަށް ދ. މާއެނބޫދޫ ރެޑިޔަމްގެ އެވެކިޔާ ގޯތީގައިވާ ޢިމާރާތާއި ނުއުފުލޭ މުދަލުން ޙައްޤުވާ ބައި، އެ ގޯތީގެ ބިމުން އޭނާއަށް ޙައްޤުވާ ބަޔާއެކު [ނަން ފޮރުވާފައި]އަށް ލިބިދެވޭ ގޮތަށް ޝަރްޠުކޮށް ހަދިޔާކުރުމަކީ ޞައްޙަ ތަޞައްރުފެއް ކަމުގައިނުވާތީ، [ނަން ފޮރުވާފައި]އަށް ބުނެވުނު ގޯތީގައިވާ ޢިމާރާތާއި ނުއުފުލޭ މުދަލުން ޙައްޤުވާ ބަޔާމެދު ޢަމަލުކުރާނެ ގޮތެއް އިޚްތިޔާރުކުރުމުގެ ފުރުޞަތު ކޯޓުން އޭނާއަށް ލިބިދީ ދ. މާއެނބޫދޫ ރެޑިޔަމްގެ އެވެކިޔާ ގޯތީގައިވާ ޢިމާރާތާއި ނުއުފުލޭ މުދާ ތަރިކައިގެ އުޞޫލުން ލިބޭ ބައެއްގެ މެދުގައި އެ ގޯތީގެ ބިން ބައިކޮށް ލިބިދިނުމުގެ މައްސަލަ އަލުން ބަލައި ކޯޓުން ގޮތެއް ނިންމަން ޖެހޭ ކަމަށް ފެނެއެވެ.
ޙުކުމް
[15]ދެންފަހެ، އިސްވެ ބަޔާންވެދިޔަ ކަންތައް އެގޮތުގެމަތިން ހުރުމާއެކު، ދ. މާއެނބޫދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 10/M.7.C/2011 ޤަޟިއްޔާގެ ޙުކުމާއި، ހައިކޯޓުގެ ނަންބަރު 2012/HC-A/10 ޤަޟިއްޔާ ގެ ޙުކުމާއި، މި ދެ ޙުކުމަކީ ޝަރްޢީ އަދި ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް ކޮށްފައިވާ ޙުކުމްތަކަކަށް ނުވާތީ އެ ދެ ޙުކުމަކީ ބާޠިލު ޙުކުމްތަކެއް ކަމަށް ކަނޑައަޅައި، ދ. މާއެނބޫދޫ ރެޑިޔަމްގެ އެވެކިޔާ ބަންޑާރަ ގޯތި ދޫކުރެވިފައިވާ [ނަން ފޮރުވާފައި] ނިޔައުވުމުން އެ ގޯތީގައިވާ ޢިމާރާތާއި ނުއުފުލޭ މުދާ ތަރިކައިގެ އުޞޫލުން ލިބިގަތުމަށް ބޭނުންވާ [ނަން ފޮރުވާފައި]ގެ ތިން ދަރިންކަމުގައިވާ [ނަން ފޮރުވާފައި] އާއި، [ނަން ފޮރުވާފައި] އާއި، [ނަން ފޮރުވާފައި] ހިމަނައިގެން ދ. މާއެނބޫދޫ ރެޑިޔަމްގެ އެވެކިޔާ ގޯތީގެ ބިން ބައިކޮށް ލިބިދިނުމުގެ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން އަލުން ބެލުމަށް އެ ކޯޓަށް ތަޙުވީލުކޮށްފީމެވެ.
[16]އުއްތަމަ ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ
[17]ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ
[18]ފަނޑިޔާރު ޢަބްދުﷲ ދީދީ
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ޤާނޫނު ނަންބަރު 1/2001 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) ގެ 15 ވަނަ މާއްދާ
- ނުއުފުލޭ މުދާ ތަރިކައިން ލިބިގެން ބަންޑާރަ ގޯތީގެ ބިމުން ލިބުމާބެހޭ ޤަވާޢިދު (ޤާނޫނު ނަންބަރު 1/2001 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) ގެ ދަށުން ހަދާފައިވާ)
ޝަރީޢަތުގެ ވީޑިއޯ
މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.