ޙައްވާ މުޙައްމަދު ވ. އާޤިޞާ މުޙައްމަދު އަދި އިތުރު 2 ފަރާތެއް
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- މ. ދިއްގަރު މެޖިސްޓްރޭޓް ކޯޓު 2024-K8C-CIV-10
- ފަހުގެ ތާރީޚު
- ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް
ކޯ ޓާމްސް
ޚުލާޞާ
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ވާރިޘަކު އޭނާއަށް ތަރިކައިން ލިބޭ ބައި އެހެން ވާރިޘަކަށް ހަދިޔާކޮށްފައިވަނިކޮށް، އެ ބައި ދެން ތިބި ވާރިޘުންގެ މެދުގައި ހަމަހަމައަށް ބެހުމަށް ދަށުކޯޓުން ނިންމުމަކީ ރަނގަޅުތޯ؛ އަދި ބަންޑާރަ ގޯތީގެ ބިމުން ބައި ލިބިދިނުމަށް ޝަރުޠުކޮށް ކުރާ ހަދިޔާއެއް ޞައްޙަތޯ.
ނިންމުން
ދަށުކޯޓުގެ ނިންމުން ބާޠިލުދަށުކޯޓުގެ ޙުކުމް ބާޠިލު؛ 4 ވާރިޘުންނަށް ތަރިކައިގެ 1/4 ބައި ކޮޅަށް ކަނޑައެޅި (ބަދަލުކުރި)
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 ތަރިކައިން ފިރިހެން އަދި އަންހެން ދަރިންނަށް ލިބޭ މިންވަރު ނިސާ ސޫރަތުގެ 11 ވަނަ އާޔަތުގައި ކަނޑައަޅާފައިވެއެވެ.
HN2 ވާރިޘުންގެ މެދުގައި ރުހި ޤަބޫލުވާ ވަކި ގޮތެއް ނެތްނަމަ ތަރިކަ ބެހެންޖެހޭނީ އިސްލާމީ ޝަރީޢަތުގައި ވާރުތަ ބެހުމަށް ކަނޑައެޅިފައިވާ އުޞޫލުތަކާ އެއްގޮތަށެވެ.
HN3 މަރުވި މީހެއްގެ ނަމުގައި ރަޖިސްޓަރީކުރެވިފައިވާ ބަންޑާރަ ގޯއްޗެއް ވާރިޘުންގެ މެދުގައި ބައިކުރެވޭނީ ތަރިކައިގެ މައްސަލަ ޝަރީޢަތުން ނިންމުމަށްފަހު ބިމާބެހޭ ޤާނޫނާ އެއްގޮތަށެވެ. ބަންޑާރަ ބިމަކީ އޭގެ ޒާތުގައި ތަރިކައިގައި ހިމެނޭ މުދަލެއް ނޫން، ދައުލަތުގެ މިލްކެކެވެ. ނުއުފުލޭ މުދާ ތަރިކައިން ލިބޭ ފަރާތްތަކަށް ބިމާމެދު ތަޞައްރުފުކުރުމުގެ ޙައްޤު ލިބިގެން ނުވެއެވެ.
HN4 ބަންޑާރަ ގޯއްޗެއްގެ ޢިމާރާތާއި ނުއުފުލޭ މުދަލުން ލިބޭ ބައި ޝަރުޠެއްނެތި އެހެން ވާރިޘުންނަށް ދޫކޮށްލި ވާރިޘުންނަކީ ބިން ބައިކޮށް ލިބިދެވޭނެ ފަރާތްތަކެއް ނޫނެވެ.
HN5 ވާރިޘުން އެއްބަސްވާނަމަ ތަރިކަ ހަމަހަމައަށް ބެހުމާއި، ވާރިޘަކަށް ލިބޭ ބައި އެހެން ވާރިޘަކަށް ދޫކޮށްލުމާއި ހަދިޔާކުރުމަކީ ހުއްދަ ކަމެކެވެ. ނަމަވެސް ތަރިކައިން ލިބޭ ބައި ހަދިޔާކުރާއިރު ޝަރުޠުކުރުން ޞައްޙަ ނުވާނެއެވެ؛ ނުއުފުލޭ މުދަލުން ލިބޭ ބައި، ބިމުން ލިބޭ ބަޔާއެކު ލިބިދެވޭގޮތަށް ޝަރުޠުކޮށް ހަދިޔާކުރުމަކީ ޞައްޙަ ތަޞައްރުފެއް ނޫނެވެ.
HN6 ހަދިޔާކުރި ވާރިޘުގެ ބަހުން ހަދިޔާ ބިނާވެފައިވަނީ ބިމުން ބައި ލިބިދިނުމުގެ ޝަރުޠެއްގެ މައްޗަށްކަން ދޭހަވާނަމަ، އެ ހަދިޔާއަށް ޢަމަލު ނުކޮށް، ވާރިޘުން އެއްބަސްވެފައިވާ ގޮތުގެމަތިން ހަދިޔާކުރި ވާރިޘު ހިމެނޭގޮތަށް ހުރިހާ ވާރިޘުންގެ މެދުގައި ހަމަހަމައަށް ބެހުމަކީ ޢަދުލުވެރި ގޮތެވެ.
ވަކީލުންނާއި ފަނޑިޔާރުން
- އިސްތިއުނާފުކުރި ފަރާތުގެ ވަކީލުން
- ނައުޝާދު ޢަބްދުލްޢަޒީޒް، ނައުޝާދު އެންޑް އެސޯސިއޭޓްސް
- ބެންޗު
- ޢަބްދުއްރައޫފު އިބްރާހީމް، ޙުސައިން މަޒީދު، ފާޠިމަތު ފަރްހީޒާ
- ރިޔާސަތު
- —
- ރައުޔު ލިޔުނު ފަނޑިޔާރު
- ޢަބްދުއްރައޫފު އިބްރާހީމް · ތާއީދުކުރެއްވީ: ޙުސައިން މަޒީދު، ފާޠިމަތު ފަރްހީޒާ
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމްގެ ރައުޔު
މައްސަލައިގެ ތަޢާރަފު:
1މި އީ، މުލަކަތޮޅު ދިއްގަރު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2024-K8C-CIV-10 ޤަޟިއްޔާ ނިންމާފައިވަނީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ އެޤަޟިއްޔާ އިސްތިއުނާފުކުރުމަށް […] / ޒިންދަގީގެ، ޙައްވާ މުޙައްމަދގު ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބލަ ފައިވާ ޤަޟިއްޔާއެކެވެ.
2މިޤަޟިއްޔާގައި އިސްތިއުނާފުރައްދުވ ފަރާތްތަކަކީ، […] /މޯސަމް،އާޤިޞާ މުޙައްމަދުއާ އެރަށު އަޒުމް، ޢަބްދުއްރަޙީމް މުޙައްމަދާއި، ވާދީ، މޫސާ ޙަނީފއެވް. މުލަކަތޮޅު ދިއްގަރު މެޖިސްޓްރޭޓް ކޯޓަށެ ހުށަހެޅުނު މައްސަލަ
3[…] /ޒިންދަގީގެ، މަރީނާ އިބްރާހީމް 06 އޮގަސްޓް 2023 ގައި ނިޔާވެފައިވާތީ، އެ މަރުޙޫމާގެ ތަރިކަ ބަހައި ދިނުމަށް އެދި، އެ މަރްޙޫމާގެ އަންހެންދަރި […] /ޒިންދަގީގެ، ޙައްވާ މުޙައްމަދުގެ ފަރާތުން މުލަކަތޮޅު ދިއްގަރު މެޖިސްޓްރޭޓް ކޯޓަށް މައްސަލަ ހުށަހެޅިއެވެ. އެމައްސަލއަ ނިންމާފައިވަނީ މުލަކަތޮޅު ދިއްގަރު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2024-K8C-CIV-10 ޤަޟިއްޔާގައެވެ.
4އެޤަޟިއްޔާއަށް ބަލާއިރު، މަރީނާ އިބްރާހީމް ނިޔައުވިއިރު ވާރިޘުންގެ ގޮތުގައި ދުނިޔޭގައި ތިބީ މަރްޙޫމާގެ 02 (ދޭއް) އަންހެން ދަރިން، […] /ޒިންދަގީގެ، ޙައްވާ މުޙައްމަދާއި […] /މޯސަމް، އާޤިޞާ މުޙައްމަދާ އާ، 02 (ދޭއް) ފިރިހެން ދަރިން، […] /އަޒުމު، ޢަބްދުއްރަޙީމް މުޙައްމަދާއި […] /ވާދީ، މޫސާ ޙަނީފް އާއެކު ޖުމުލަ 04 (ހަތަރެއް) ވާރިޘުން ކަމާއި، އެމަރްޙޫމާގެ ތަރިކައިގައި ހިމެނެނީ […] 'ޒިންދަގީގެ' އެވެ ކިޔާ ބަންޑާރަ ގޯތީގައިވާ އެންމެހައި ޢިމާރާތްތަކާއި، ވަޅުފަދަ ތަންތަނާއި ނުއުފުލޭ މުދާކަމާއި، ތަރިކަ މުދާ ވާރިޘުންގެ މެދުގައި ހަމަޖައްސައިދިނުމަށް އެދިފައިވަނީ ހުރިހާ ވާރިޘުންގެ މެދުގައި ހަމަހަމައަށްކަން އެނގެއެވެ.
5މަރީނާ އިބްރާހީމްގެ ވާރިޘުންގެ ތެރެއިން ޙައްވާ މުޙައްމަދާއި، އާޤިޞާ މުޙައްމަދާއި، ޢަބްދުއްރަޙީމް މުޙައްމަދަށ އެމީހުންގެ މަންމަގެ ތަރިކައިގައި ހިމެނި […] "ޒިންދަގީގެ" އެވެ ކިޔާ ބަންޑާރަ ގޯތި ބަހައިގެން ލިބޭ އެއްޗެއް އޭގެ ޒާތުން ބޭނުންވާކަމަށް ބުނެފައިވެއެވެ. އަދި މޫސާ ޙަނީފށަ ތަރިކައިގައި ހިމެނޭ "ޒިންދަގީގ" އެވެ ކިޔާ ބަންޑާރަ ގޯތި ބަހައިގެން ލިބޭ އެއްޗެއް ބޭނުންވާ ކަމަށާއި އަދި އޭނާއަށް ލިބޭ ބައި އޭނާގެ އެއްބަނޑު އެއްބަފާ ދައްތަ ޙައްވާ މުޙައްމަދަށް ހަދިޔާ ކުރާކަމަ ށ ބުނެފައިވެއެވެ.
މައްސަލަ ނިންމި ގޮތް
6[…] ޒިންދަގީގެ މަރީނާ އިބްރާހީމް 06 އޮގަސްޓް 2023 ގައި ނިޔާވެފައިވާކަން ޝަރީޢަތަށް ސާބިތު ވެއްޖެކަމަށް ކަނޑައަޅައި، މަރީނ އިބްރާހީމާ ނިޔާވިއިރު، މަރީނާ އިބްރާހީމްގެ މަންމައެއް ބައްޕައެއް މާމައެއް ކާފައެއް އަދި ފިރިއަކު ވިޔަސް ދުނިޔޭގައި ނެތްކަމާއި، މަރީނާ އިބްރާހީމްގެ ވާރިސުންގެ ގޮތުގައި ދުނިޔޭގައި ތިބީ 2 (ދޭއް) އަންހެން ދަރިން، […] / ޒިންދަގީގެ، ޙައްވާ މުޙައްމަދަ އާ، […] / މޯސމަ، އާޤިޞާ މުޙއްމަދަ އާ، 2 (ދޭއް) ފިރިހެން ދަރިން، […] / އަޒުމް، ޢބްދުއްރަހީމަ މުޙއްމަދަ އާ، […] / ވާދީ، މޫސާ ޙަނީފއާ އެކު ޖުމްލަ 4 (ހަތަރެއް) ވާރިސުން ކަމާއި ތަރިކައިގެ ގޮތުގައި ހުރީ […] "ޒިނދްގީގޭ" ކިޔާ 1320 އަކަފޫޓުގެ ބަންޑާރަ ގޯތީގައިވާ އެންމެހައި އިމާރާތްތަކާއި ވަޅުފަދަ ތަންތަނާއި ނުއުފުލޭ މުދާ ކަމއާ މިގތެރެ އިނެ ބަހައިގެން […] ވާދީ މޫސާ ޙަނީފަށ ލިބް އެއްޗެއް […] / ޒިންދަގީގެ، ޙައްވާ މ ޙު އްމަދަށް ހަދިޔާކޮށަ، ޙައްވާ މުޙައްމަދަ އެހަދިޔާ ޤަބޫލުކޮށްފައިވާ ކަމަށާއި އަދި […] / ޒިންދަގގީ ޙައްވާ މުޙައްމަދާއި، ދިއްގަރު / މޯސަމް، އާޤިޞާ މުޙައްމަދާއި […] / މުލަކަތޮޅު ދިއްގަރު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2024-K8C-CIV-10 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު / އަޒުމް، ޢބްދުއްރަހީމް މ ޙުއްމަދަށ ލިބް އެއްޗެއް އޭގެ ޒާތުން ބޭނުންވާ ކަމަށް ބުނެފައިވާތީ […] "ޒިންދަގީގ" ކިޔާ ބަންޑާރަ ގޯއްޗާއި އެގޯތީގައިވާ އެންމެހައި ނުއުފުލޭ މުދަލާއި ވަޅުފަދަ ތަންތަން ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން […] / ޒންދަގީގި، ޙައްވާ މުޙައްމަދާއި، […] / މޯސަމް، އާޤިޞާ މުޙައްމަދާއި، […] / އަޒުމް، ޢަބްދުއްރަހީމ މުޙައްމަދަށް ހަމަހަމައަށް މިލކުވް އްޖެކަމަށް ކަނޑައަޅެ އ ޙުކުމް ކޮށްފައިވެއެވެ.
އިސްތިއުނާފކުރުމަށް ހުށަހެޅު ނުކުތާ
7މުލަކަ އތޮޅަ ދިއްގަރު މެޖިސްޓްރޭޓު ކޯޓުގެ ނަންބަރު 2024-K8C-CIV-10 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށްޓަކައި އިސްތިއުނާފުކުރާ ފަރާތުން އަންނަނިވި ނުކުތާ ހުށަހަޅާފައިވެއެވެ؛
1.7މައްސަލައިގެ ޝަރީއަތުގެ މަޖިލީހުގައި، ސާފު އިބާރާތުން މޫސާ ޙަނީފަށ ލިބް އެއްޗެއް އިސްތިއުނާފުކުރާ ފަރާތަށް ހަދިޔާކޮށްފައިވާކަނ އެނގެންއޮތް ނަމަވެސް އަދި އެހަދިޔާ ޤަބޫލުކޮށްފައިވާކަން އެނގެން އޮތްނަމަވެސް، އެހަދިޔާގެ ސަބަބުން، ތަރިކައިން އަދި ގޯތީގެ ބިމުން ޙައްވާ މުޙައްމަދަށް ލިބޭ ބަޔާ އެއްވަރުގެ ބައެއް، މުސާ ޙަ ނީފުގެ ބައިން ލިބިފައި އޮތް ނަމަވެސް، އަދި އެގޮތުން މުޅި ތަރިކައިގެ 2 ބައިކުޅަ އެއްބައި އިސްތިއުނާފުކުރާ ފަރާތަށް ލިބެންޖެހޭނެކަން އެނގޭއިރު، މުޅި ތަރިކައިގައި ހިމެނޭ އެއްޗެއް މުސާ ޙނީފަ ނުހިމަނައި،ދެންތިބި ތިން ވާރިސުންނަށް ހަމަހަމައަށް ލިބިގެންވާކަމަށް ޙކުމްކު ށޮފައި ވަނީ ޤާނޫނު ނަންބަރު 2010/13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނ) ގެ 5 ވަނަ މާއްދާގެ (ށ) އާ ޚިލާފަށެވެ. އިސްތިއުނާފީ ނުކުތާ ތަފްސީލުކޮށް ދެމުން އިސްތިއުނާފުކުރާ ފަރާތުން ދެއްކި ވާހަކަ
8އިސްތިއުނާފުކުރާ ފަރާތުން އިސްތިއުނާފީ ނުކުތާ ތަފްސީލްކޮށް އިސްތިއުނާފު ފޯމުގައި ބަޔާންކޮށްފައިވެއެވެ. އަދި މި މައްސަލައިގެ ޝަރީޢަތުގެ މަޖިލީހުގައިވެސް އެ ނުކުތާ އާ ގުޅޭގޮތުން ވާހަކަ ދައްކާފައިވެއެވެ. އެވާހަކަތަކަކީ ޝަރީޢަތް ނިންމުމަށްފަހު ދޫކުރެވޭ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގައި ހިމެނި ދޫކުރެވޭނެ ލިޔުންތަކެއް ކަމުގައި ވާތީ، އެފަރާތުން ދެއްކި ވާހަކތައަ ޙުލޞާ ގޮތެއްގައި ތިރީގައި ބަޔާންކުރަމެވެ. މިގޮތުން؛
1.8އަލްމަރްޙޫމާ މަރީނާ އިބްރާހީމްގެ ތަރިކައިގައި ހިމެނޭ […] 'ޒިންދަގީގެ' ކިޔާ ބަންޑާރަ ގޯތީގައިވާ އެންމެހައި އިމާރާތްތަކާއި ވަޅުފަދަ ތަންތަނާއި ނުއުފުލޭ މުދާ ބަހައިގެން މޫސާ ޙނީފަށަ ލިބޭ އެއްޗެއް ޙއްވަ މުހައްމަދަށް ހަދިޔާކޮށް، ޙައްވާ މުޙައްމަދު މިހަދިޔާ ޤަބޫލުކޮށްފައިވާކަން ޝަރީޢަތް ނިމުނު ގޮތުގައި ފާހަގަކޮށްފައިވާ ކަމާއި މި މައްސަލައިގައި ޙައްވާ މުޙައްމަދަށް ލިބިފައިވަނީ ޙައްވާ މުޙައްމަދަށް ތަރިކައިން ލިބޭ އެއްޗަކާއި، މޫސާ ޙނީފަށަ ލިބޭ އެއްޗެއްވެސް ޙައްވާ މުޙައްމަދަށް ލިބިގެންދާ ގޮތަށް ކަމަށާއި އަދި އާޤިޞާ މުޙައްމަދާއި ޢަބްދުއްރަހީމް މުޙައްމަދަށް ލިބެނީ ތަރިކައިގެ އަސލުން އެފަރާތްތަކަށް ލިބޭ އެއްޗެއް ކަމަށާއި އހެންކަމުނެ އާޤިޞާ މުޙައްމަދަށް ތަރިކައިގެ 4/1 ބައި، ޢަބްދުއްރަޙީމް މުޙައްމަދަށް ތަރިކައިގެ 4/1 ބައި، އަދި ޙައްވާ މުޙައްމަދަށް ތަރިކައިގެ 4/2 ބައި، ލިބެންވާނެކަމަށާއި މޫސާ ޙަނީފް ދޫކޮށްލި ބައި، ދެންތިބި 3 (ތިނެއް) ވާރިޘުންނަށް ހަމަހަމައަށް ދިނުމަށް ހުށަހަޅާފައިނުވި ނަމަވެސް، އތިނެ ވާރިޘުންގެ މެދުގައި ތަރިކަ ހަމަހަމައަށް ބަހާފައިވަނީ ވާރިޘުންގެ ފަރާތުން ތަރިކަ ބަހައިދިނުމަށް އެދި ހުށަހަޅާފައިވާ ކަންކަމަށް ފުރިހަމައަށް ރިޢޔަތާ ކުރުމެއް ނެތިކަމަށް ޙައްވާ މުޙައްމަދުގެ ފަރާތުން ބުނެފައިވެއެވެ. އިސްތިއުނާފކުރު ފަރާތުން އެދޭގޮތް:
9އިސްތިއުނާފުކުރާ ފަރާތުން އެދެނީ، މުލަކަތޮޅު ދިއްގަރު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2024-K8C-CIV-10 ޤަޟިއްޔާގެ ޙުކުމް ބާޠިލުކޮށް، އަލްމަރުޙޫމާ މަރީނާ އިބްރހާ މްގެ ތަރިކައިން، އާޤިޞާ މުޙައްމަދަށް ތަރިކައިގެ 4/1 ބައި، ޢަބްދުއްރަޙީމް މުޙައްމަދަށް 4/1 ބައި، އަދި ޙައްވާ މުޙައްމަދަށް 4/2 ބައި ލިބިގެނވް ކަމަށް ކަނޑައަޅައި ދިނުމަށެވެ. އިސްތިއުނާފުރައްދުވާ ފަރާތނު ދެއްކި ވާހަކަތަކާއި އެފަރާތުން އެދޭގޮތް
10އިސްތިއުނާފުރައްދުވާ ފަރާތްތަކުން 03 މެއި 2026 ވަނަ ދުވަހު ބޭއްވުނު މިމައްސަލައިގެ ޝަރީޢަތުގެ މަޖިލީހުގައި ފާހަގަކޮށްފައިވާ ކަންކަން ޚުލާޞާ ގޮތެއްގައި ތިރީގައި ބަޔާންކުރަމެވެ.
1.10. އިސްތިއުނާފުރައްދުވާ މޫސާ ޙަނީފް ބުނެފައިވަނީ ދަށު ކޯޓުގައި އެދިފައިވާ ފަދައިން މޫސާ ޙަނީފށަ ތަރިކައިން ލިބޭ ބައި ޙައްވާ މުޙައްމަދަށް ހަދިޔާކޮށްފއިވާނަ ކަމަށއާ އެއި ބިމުން ވިޔަސް ނުވަތަ/އަދި ތަރިކަ މުދަލުންވިޔަސ އެގޮތަށް ހަދިޔާކުރާ ކަމަށާއި، އެގޮތަށް އެބައި ނުދެވޭނަމަ އޭނާއަށް ލިބޭބައި ބޭނުންވާކަމަށާއި، އިތުރަށް ފާހަގަކުރާނެ ކަމެއާ ނެތްކަމަށެވެ.
2.10. އިސްތިއުނާފުރައްދުވާ ޢަބްދުއްރަޙީމް މުޙައްމަދު ބުނެފައިވަނީ މޫސާ ޙަނީފް އެދިފައިވާ ގޮތަށް މޫސާ ޙަނީފަށް ތަރިކައިންވާ ބައި، ޙައްވާ މުޙައްމަދަށް ދެވޭނެކަމަށއި އެގޮތަށާ ދެކޭ ކަމަށެ ވެ.
3.10. އިސްތިއުނާފުރައްދުވާ އާޤިޞާ މުޙައްމަދުގެ ފަރާތުން ބުނެފައިވަނީ މިމައްސަލައިގައި ފާހަގަ ކުރާނެ އިތުރު ކަމެއް ނެތްކަމަށެވެ.
ފާހަގަ ކުރެވުނު ކަންކަން
11HN1HN2HN3HN4HN5HN6މުލަކަތޮޅު ދިއްގަރު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2024-K8C-CIV-10 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށާއި، އެ ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ޙައްވާ މުޙައްމަދުގެ ފަރާތުނު ހުށަހަޅާފައިވާ ނުކުތއަށާ އާ އެނުކުތާއާ ގުޅޭ ގޮތުން އިސްތިއުނާފުކުރާ ފަރާތުންނާއި އިސްތިއުނާފުރައްދުވާ ފަރާތްތަކުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މިމައްސަލައާ ގުޅުން ހުރި ލިޔުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް ފާހަގަކުރެވެއެވެ.
1.11. […] / ޒިންދަގީގެ، މަރީނާ އިބްރާހީމް 06 އޮގަސްޓް 2023 ގައި ނިޔއަވެފައިވކާމާއި، މަރީނާ އިބްރާހީމް ނިޔައުވިއިރު، އެމަރްޙޫމގެ ވާރާޘން ގޮތުގައި، 2 (ދޭއް) އަންހެން ދަރިން، […] […] ޙައްވާ މުޙައްމަދުއާ އެރަށު، މޯސަމް، އާޤިޞާ މުޙއްމަދަ އާއި، 2 (ދޭއް) ފިރިހެން ދަރިން، […] އަޒުމް، ޢަބްދުއްރަޙީމް މުހައްމަދީ އާ އެރަށު، ވާދީ، މޫސާ ޙނީފަ އ އެކާ ޖުމލް 4 (ހަތަރެއް) ވާރިޘނު ދުނިޔޭގައި ތިބިކަމާއި، އެމަރުޙޫމާގެ ތަރިކައިގެ ގޮތުގައި ހުރީ […] "ޒިންދގީގަ " އެވެ ކިޔާ 1320 އަކަފޫޓުގެ ބަންޑާރަ ގޯތީގައިވާ އެންމެހައި އިމާރާތްތަކާއި ވަޅުފަދަ ތަންތަނާއި ނުއުފުލޭ މުދާކނަ ހެކިންގެ ހެކި ބަހުން ސާބިތުވާ ކަމެ ވެ.
2.11. މި މައްސަލައިގައި ތަރިކަ ބެހުމަށް ވާރިޘުންގެ ފަރާތުން އެދިފައިވަނީ، އެ ވާރިޘުންގެ މެދުގައި ހަމަހަމަ އަށެވެ. އެގޮތަށް ތަރިކަ މުދަ ބެހުމުން ކޮންމެ ވާރިޘަކަށް […] 'ޒިންދގީގަ ' އެވެ ކިޔާ 1320 އަކަފޫޓުގެ ބަންޑާރަ ގޯތީގައިވާ އެންމެހައި އިމާރާތްތަކާއި ވަޅުފަދަ ތަންތަނާއި ނުއުފުލޭ މުދަލުން 4/1 ބައި ލިބއެ ވެ.
3.11. ވާރިޘުންގެ ތެރެއިން ޙައްވާ މުޙައްމަދާއި، އާޤިޞާ މުޙައްމަދުއާ އަދި ޢަބްދުއްރަޙީމް މުޙައްމަދަށ ތަރިކައިން ލިބޭ އެއްޗެއް އޭގެ ޒާތުން ބޭނުންވާކަމަށް ބުނެފައިވެއެވެ. އަދި މޫސާ ޙަނީފށަ ތަރިކައިން ލިބޭ ބައި ވާރިޘުންގެ ތެރޭގައި ހިމެނޭ ޙައްވާ މުޙައްމަދަށ ހަދިޔާކރާކަމަށު ބުނެފައިވެއެވެ. މިކަމަށް އެހެން ވާރިޘަކު އިޢުތިރާޒުކޮށްފައިނުވެއެވެ. މިމައްސަލައިގައި ތަރިކަ ހަމަޖެއްސުމަށް ވާރިޘުން އެދިފައިވާ ގޮތުގެމަތިން މަރީނާ އިބްރާހީމްގެ ތަރިކަ ބެހުމުން، އާޤިޞާ މުޙައްމަދަށް 4/1 ބައި، ޢަބްދުއްރަޙީމް މުޙައްމަދަށް 4/1 ބައި، އަދި ޙައްވާ މުޙައްމަދަށް 4/2 ބައި، ލިބިގެނދްނއެވެ. ނަމަވެސް، ދަށު ކޯޓުން މި މައްސަލަ ނިންމުމުގައި މޫސާ ޙަނީފަށ ތަރިކައިން ލިބުން ބައި، ޙައްވާ މުޙައްމަދަށް ހަދިޔާކޮށްފައިވީނަމަވެސް، އެ ބައި ޙައްވާ މުޙައްމަދަށް ލިބިނުދީ، ދެން ތިބި 3 (ތިނެއް) ވާރިޘުންގެ މެދުގައި ހަމަހަމައަށް ތަރިކަ މުދާ ބަހާފައިވާކަނ ދަށް ކޯޓުނު މި މައްސަލަ ނިންމި ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށް ބެލުމުން އެނގެއެވެ. ނަމަވެސް، އެގޮތަށް އެމައްސަލަ ނިންމި ސަބަބެއް ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގޭކަށް ނެތެވެ.
4.11. ޙައްވާ މުޙައްމަދުގެ ފަރާތުން މިމައްސަލަ އިސްތިއުނާފުކުރުމަށް ހުށަހެޅި މައިގަނޑު ސަބަބަކީވެސް، މޫސާ ޙަނީފަށް އޭނާގެ މަންމަ އަލްމަރްޙޫމާ މަރީނާ އިބްރާހީމްގެ ތަރިކައިން ލިބުނު ބައި ޙައްވާ މުޙައްމަދަށް ހަދިޔާކޮށްފައި ވީނަމަވެސް، އެބައި ޙައްވާ މުޙައްމަދަށް ނުޖައްސައި/ލިބިނުދީ ދެން ތިބި ތިން ވާރިޘުންނަށް ތަރިކަ މުދާ ހަމަހަމައަށް މިލްކުވާކަމަށް ދަށު ކޯޓުން މި މައްސަލަ ނިންމާފައިވުންކަން އެނގެއެވެ.
5.11. ތަރިކަ މުދަލުން ފިރިހެން އަދި އަންހެން ދަރިންނަށް ލިބޭ މިންވަރު ކަނޑައަޅުއްވައި، ކީރިތި ޤްރުއާނުގެ ނިޞާ ސޫރަތުގެ 11 ވަނަ އާޔަތުގައި މާތުﷲ ވަޙީ ކުރައްވާފައިވަނީ، 30 ޑިސެންބަރު 2024 ގައި މުލަކަތޮޅު ދިއްގަރު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2024-K8C-CIV-10 މައްސަލައިގެ ޝަރީޢަތުގެ މަޖިލީހުގައި […] / ވާދީ މޫސާ ޙަނީފުގެ ފަރާތުން ދީފައިވާ ބަޔާން މާނައީ، "ތިޔަބައި މީހުންގެ ދަރިންނާމެދު ﷲ ތިޔަބައި މީހުންނަށް އަންގަވަތެވެ. އަންހެން ދެ ދަރިންގެ ބަޔާ އެއްފަދަ ބައެއް ފިރިހެން ދަރިއަކަށްވެއެވެ." މިފަދައިންނެވެ.
6.11. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އާދަމް ޙަލީމް ވ. ފާޠިމަތު އާދަމް ޤަޟިއްޔާ ގައި، މީހަކު ނިޔާވާ ހިނދު، އޭނާގެ ވާރުތަ މުދާ، އޭނާގެ ވާރުތަވެރިންގެ މެދުގައި ބެހުމަށް އެ ވާރުތަވެރިންގެ މެދުގައި ރުހި ޤަބޫލުވާ ވަކި ގޮތެއް ނެތްނަމަ، އެ ވާރުތަވެރިންގެ މެދުގައި، އެމީހުންގެ ނިޔާވި މުވައްރިޘުގެ މުދާ ބެހެވެންޖެހޭނީ އިސްލާމީ ޝަރީޢަތުގައި ވާރުތަ މުދާ ބެހުމުގައި ކަނޑައެޅި ބަޔާންވެފައިވާ ހަމަތަކާއި އުޞޫލުތަކާ އެއްގޮތްވާ ގޮތުގެމަތިންކަން ވާރުތަ މުދާ ބެހުމާ ބެހޭގޮތުން އިސްލާމީ ޝަރީޢަތުގައި ކަނޑައެޅި ބަޔާންވެގެން އައިސްފައިވާ އަޙްކާމްތަކަށ ބެލުމުން ސާފުކޮށް އެނގެން އޮންނަކަމަށ ބަޔާންކޮށްފައިވެއެވެ.
7.11. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފާޠިމަތު ވ. އާމިނަތު ޙުސައިން ޤަޟިއްޔާގައި، ..."މީހެއްގެ ނަމުގައި ބަންޑާރަ ގޯއްޗެއް ރަޖިސްޓަރީ ކުރެވިފައި ވަނިކޮށް އެ މީހާ މަރުވެއްޖެނަމަ އެ މީހާގެ ނަމުގައި ރަޖިސްޓަރީ ކުރެވިފައިވާ އެ ބަންޑާރަ ގޯއްޗެއް ވާރިސުންގެ މެދުގައި ބައިކުރެވޭނީ އެ މީހާގެ ތަރިކައިގެ މައްސަލަ ޝަރީއަތަށް ހުށަހަޅައިގެން ނިންމުމަށްފަހު، ދިވެހިރާއްޖޭގެ ބިމާބެހޭ ގާނޫނާ އެއްގޮތަށް ޝަރީއަތުން ކަނޑައަޅާ ގޮތެއްގެ މަތިންނެވެ." ކަނޑައަޅާފައިވެއެވެ.
8.11. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޞާބިރާ ޙުސައިން މޫސާ ވ.ޢަޒީޒާ ޙުސައިން ޤަޟިއްޔާއަކީ، ތަރިކަ މުދަލާއި ބަންޑާރަ ގޯތީގެ ބިން ބހައިދިނުމަށަ އެދް ހުށަހެޅުމުން ބަލާފައިވާ ޤަޟިއްޔާއެއް ކަމާއި، އެޤަޟިއްޔާގައި ހިމެނޭ ޤާނޫނީ ސުވާލަކީ (އިޝޫ) މިޤަޟިއްޔާގައި މިކޯޓުގެ ކުރިމަތީގައި އޮތް ސުވާލުކން ފާހަގަ ކުރެވެއެވެ. އެ ޤަޟިއްޔާއަށް ބަލާއިރު އަންނަނިވި ކަންކަން ފާހަގަ ކުރެވެއެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/33 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ޚުލާޞާގެ 3 ވަނަ ނަންބަރުގެ (ނ) ގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2018/SC-A/21 ޤަޟިއްޔާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2015/SC-A/11 ޤަޟިއްޔާ
1.8.11. ބަންޑާރަ ގޯއްޗެއް ދޫކުރެވިފައިވާ މީހަކު މަރުވެއްޖެނަމަ، ބަންޑާރަ ބިމަކީ އޭގެޒާތުގައި ތަރިކައިގައި ހިމެނޭ މުދަލެއް ނޫންކަމާއި، އެއީ ދައުލަތުގެ މިލްކެއްކަމާއި، އެހެންކަމުން ބަންޑާރަ ގޯއްޗެއް ދޫކުރެވިފައިވާ މީހަކު މަރުވެއްޖެނަމަ އެ ގޯއްޗެއްގައިވާ ނުއުފުލޭ މުދާ ތަރިކައިގެ އުޞޫލުން ޙައްޤުވެގެންވާ އެއްވެސް ފަރާތަކަށް އެ ގޯތީގެ ބިމާމެދު ތަޞައްރުފުކުރުމުގެ ޙައްޤު ލިބިގެން ނުވާކަމާއި، ވާރިޘުންގެ މެދުގައި ބަންޑާރަ ބިން ބައިކުރުމާއި ލިބިދިނުމަކީ ޤާނޫނުގައިވާ ގޮތުގެމަތިން ތަންޡީމުކުރެވޭ ކަމެއްކަން؛
2.8.11. ބަންޑާރަ ގޯއްޗެއް ދޫކޮށްފައިވާ މީހަކު ނިޔައުވުމުން އެ ގޯތީގައިވާ ޢިމާރާތާއި ނުއުފުލޭ މުދާ ތަރިކައިގެ އުޞޫލުން ލިބުން ޙައްޤުވާ މީހުންނަށް ޙައްޤުވާ ބައި އެހެން ވާރިޘުންނަށް އެއްވެސް ޝަރުޠަކާ ނުލައި ދޫކޮށްފައިވާނަމަ، އެމީހުންނަކީ، ބަންޑާރަ ގޯތީގެ ބިން ޤާނޫނީ ހަމަތަކުގެ މަތިން ބައިކޮށް ލިބިދެވިދާނެ ބައެއް ނޫންކަން؛
3.8.11. ތަރިކައިގައި ހިމެނޭ ޢިމާރާތާއި ނުއުފުލޭ މުދަލުން ވާރިޘަކަށް ޙައްޤުވާ ބައި، އެ ގޯތީގެ ބިމުން އޭނާއަށް ޙައްޤުވާ ބަޔާއެކު ލިބިދެވޭ ގޮތަށް ޝަރްޠުކޮށް ހަދިޔާކުރުމަކީ ޞައްޙަ ތަޞައްރުފެއް ނޫންކަން.
9.11. ވާރިޘުންގެ މެދުގައި ތަރިކަ މުދާ ބަހާނެ ގޮތް ކީރިތި ޤުރްޢާނުގައ ކަނޑައަޅައި ބަޔާންކޮށްފައި ވީ ނަމަވެސް، ވާރިޘުންގެ މެދުގައި ތަރިކަ މުދާ ހަމަހަމައަށް ބެހުމަށް އެއްބަސްވާނަމަ އެގޮތަށް ތަރިކަ ބެހުން، އަދި ވާރިޘަކަށް ލިބޭ ބައި އެހެން ވާރިޘަކަށް ދޫކޮށްލުން ނުވަތަ ހަދިޔާ ކުރުމަކީ ތަރިކަ ބެހުމުގެ އުޞޫލނު ހުއްދަކަމެކެވެ. މިކމަށަ އިސްވެ ބަޔާންވެ ދިޔަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޞާބިރާ ޙުސައިން މޫސާ ވ.ޢަޒީޒާ ޙުސައިން ޤަޟިއްޔާއިން ތާއީދުލިބއެވެ. އަދި ތަރިކައިން ލިބޭބައި ވާރިޘަކަށް ހަދިޔާ ކުރާއިރު، ޝަރުޠއެ ކުރުން ޞައްޙަ ނޫންކަން އެޤަޟިއްޔާއިން އެނގެއެވެ.
10.11. މޫސާ ޙަނީފަށް އޭނާގެ މަންމަގެ ތަރިކައިން ލިބޭ އެއްޗެއް އޭގެ ޒާތުން، ޙައްވާ މުޙައްމަދަށް ހަދިޔާކުރާ ކަމަށް ބުނެފައިވާކަން މޫސާ ޙަނީފް، 30 ޑިސެންބަރު 2024 ގައި، ދަށު ކޯޓަށް ދީފައިވާ ބަޔާނުން އެނގެއެވެ. އަދި މިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވެސް، ދަށު ކޯޓުގައި ބުނެފައިވާ ފަދައިން އޭނާއަށް ތަރިކައިން ލިބޭބައި އޭގެ ޒާތުން ޙައްވާ މުޙައްމަދަށް، އެއީ ތަރިކަ މުދަލުންވިޔަސް އަދި ބިމުންވިޔަސް ހަދިޔާކުރާ ކަމަށާއި، އެގޮތަށް ހަދިޔާ ނުކުރެވޭނަމަ، އޭނާއަށް ލިބޭބައި އޭގެ ޒާތުން ބޭނުންވާކަމަށް މޫސާ ޙަނީފް ބުނެފައިވާކަން އެނގެއެވެ. މޫސާ ޙަނީފްގެ މިބުނުމުގެ މައްޗަށް ބަލާއިރު، ތަރިކަ މުދަލުން އޭނާއަށް ލިބޭ ބައި ޙައްވާ މުޙައްމަދަށް ހަދިޔާކުރުމުން، އެ މުދާ ހުރި […] /ޒިންދަގީގެ ގޯތީގެ ބިން ބައިކޮށް/ވަކިކުރާއިރު، އެމިންވަރުގެ ބައެއް ޙައްވާ މުޙައްމަދަށް ދިނުމަށް ބޭނުންވާކަން އޭނާގެ ބަހުން ދޭހަވާން އޮތުމުން، މޫސާ ޙަނީފަށ ތަރިކައިން ލިބޭބައި، ޙައްވާ މުޙައްމަދަށް ހަދިޔާކޮށްފައިވަނީ އެގޯތީގެ ބިމުނވެސް ޙައްވާ މުޙައްމަދަށް ދިނުމަށް ޝަރުޠުކޮށް ކަމަށް ބަލަންޖެހެއެވެ. ތަރިކައިން ލިބޭބައި ހަދިޔާކުރާއިރު، ޝަރުޠއެކުރުން ޞައްޙަނވާނުކަން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޞާބިރާ ޙުސައިން މޫސާ ވ.ޢަޒީޒާ ޙުސައިން ޤަޟިއްޔގައާ ކަނޑައަޅާފައިވތީއާއި، މޫސާ ޙަނީފް އެދިފައިވާ ފަދައިން ތަރިކައިން ޙައްވާ މުޙައްމަދަށް ބައިދެވުނު ނަމަވެސް، އެތަރިކ މުދަ ހުރާ ބަންޑާރަ ގޯތި ބައިކޮށް ބިން ވަކިކުރާއިރު، އޭނާ އެދިފައިވާ ފަދައިން އެގޯތީގެ ބިމުން ޙައްވާ މުޙައްމަދަށް އެމިންވަރުގެ ބައެއް ނުލިބިދާނެ ޙާލަތެއް މެދުވެރިވުމުގެ ފުރުޞަތު އޮވެދާނެތީ، މި މައްސަލައިގައި އެންމެ ޢަދުލުވެރި ގޮތަކީ މޫސާ ޙަނީފް އެދޭ ފަދައިން ތަރިކައިން އޭނާއަށް ލިބޭބައި އޭގެ ޒާތުން އޭނާއަށްވެސ ލިބިދިނުމަށް ކަމަށް އަހުރެންނަށް ބުރަވެ ވެއެވެ.
11.11. މިމައްސަލައިގައި އިސްތިއުނާފީ ނުކުތާ ބިނާކޮށްފައިވަނީ، ދަށު ކޯޓުގެ ނިންމުން ޤާނޫނު ނަންބަރު 2010/13 (ދިވެހިރާއްޖޭގ ފަނޑިޔާރުންގެ ޤާނޫނު)ގެ 5 ވަނަމާއްދާގެ (ށ) އާ ޚިލާފުވާ ކަމުގެ މައްޗަށެވެ. އެމާއްދާގައިވަނީ؛ މިފަދައިންނެވެ. އެމާއްދާގެ (ށ) އާ ޚިލާފުވެފައިވާ ކަމަށް އިސްތިއުނާފުކުރާ ފަރާތުން ބަޔާންކޮށްފައި ވީނަމަވެސް، އެޚިލާފުވީ ގޮތެއް ފާހަގަކޮށް ބުނެދީފައި ނުވެއެވެ.
12.11. ޙައްވާ މުޙައްމަދުގެ ފަރާތުން މުލަކަތޮޅު ދިއްގަރު މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅި މައްސަލައަކީ، އޭނާގެ މަންމަ އަލްމަރްޙޫމާ މަރީނާ އިބްރާހީމް ނިޔާވެފައިވާތީ، އެމަރްހޫމާގެ ތަރިކައިގައި ހިމެނޭ […] "ޒިންދަގީގެ" އެވެ ކިޔާ ބަންޑާރަ ގޯތީގައިވާ އެންމެހައި ޢިމާރާތްތަކާއި، ވަޅުފަދަ ތަންތަނާއި ނުއުފުލޭ މުދާ ވާރިޘުންގެ މެދުގައި ހަމަހަމައަށް ބެހުމަށް އެދި ހުށަހެޅި މައްސަލަ ކަމާއި، އެގޮތަށް ތަރިކަ މުދާ ބެހުމަށް ހުރިހާ ވާރިޘުން އެއްބަސްވެފައިވާ ކަމާއި، […] […] ކިޔާ ގޯތީގެ ބަންޑާރަ ބިން ބަހައި ދިނުމަށް ނުވަތަ ހަމަޖައްސައިދިނުމަށް އެމައްސަލައިގެ ތެރެއިން އެދިފައިނުވާ ކަމާއި، ވާރިޘުންގެ ތެރެއިން މޫސާ ޙަނީފަށް އެތަރިކައިން ލިބޭ އެއްޗެއް އޭގެ ޒާތުން ޙައްވާ މުޙައްމަދަށް ހަދިޔާކޮށްފައިވަނީ، އެގޯތީގެ ބިމުންވެސް އެމިންވަރުގެ ބައެއް ޙައްވާ މުޙައްމަދަށް ދިނުމަށް ޝަރުޠކޮށުގެންކަން މޫސާ ޙަނީފް މިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކުން އެނގޭއިރު، ތަރިކައިން ލިބޭބައި ހަދިޔާކުރުމުގައި އެފަދަ ޝަރުޠެއް ކުރުން ޞައްޙަނުވާނެކަން އެނގޭތީ މަރީނާ އިބްރާހީމުގެ ވާރިޘުން އެއްބަސްވެފައިވާ ގޮތުގެމަތިން، […] "ޒިންދަގީގެ" އެވެކިޔާ ބަންޑާރަ ގޯއްޗާއި، އެގޯތީގައިވާ އެންމެހައި ނުއުފުލޭ މުދަލާއި، ވަޅުފަދަ ތަންތަން ވާރިޘުންގެ މެދުގައި ހަމަހަމައަށް ބހުމަށެ އަހުރެންނަށް ފެނެއެވެ.
12އެހެންކަމުން، […] / ވާދީ، މޫސާ ޙަނީފަށ ތަރިކައިން ލިބެންޖެހޭ ބައި […] / ޒިންދަގީގެ، ޙައްވާ މުޙައްމަދަށް ހަދިޔާ ކޮށްފައިވާކަން އެނގެން އޮންނަހިނދު އަދި ޝަރީޢަތުގެ ރިޕޯޓުގައި އެކަން ފާހަގަ ކުރުމަށްފަހުވެސް، […] "ޒިންދަގީގ" އެވެކިޔާ ބަންޑާރަ ގޯއްޗާއި އެގޯތީގައިވާ އެންމެހައި ނުއުފުލޭ މުދަލާއި ވަޅުފަދަ ތަންތަން ޝަރުޢީ އަދި ޤާނޫނާ ހަމަތަކގު މަތިން، […] / ޒިންދަގީގޭ، ޙައްވާ މުޙައްމަދާއި، […] / މޯސަމް، އާޤިޞާ މުޙައްމަދާއި، […] / އަޒުމް، ޢަބްދުއރަހީމް މުޙައްމަދަށް ހަމަހަމައަށް މިލްކުވެއްޖެކަމަށް ކަނޑައަޅާފައިވަނީ ތަރިކަ މުދާ ބެހުމަށް ވާރިޘުންގެ ފަރާތުން ހުށަހަޅައި، އެއްބަސްވެފައިވާ ގޮތުގެ މައްޗަށް ރިޢާޔަތް ކުރުމެއްނެތި، އަދި ތަރިކަ މުދާ ބެހުމުގައި ޢަމަލުކުރަމުންދާ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް އަހުރެންނަށް ޤަބޫލު ކުރެވެއެވެ.
ނިންމަން ފެންނަގޮތް
13މުލަކަތޮޅު ދިއްގަރު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2024-K8C-CIV-10 ޤަޟިއްޔާގެ ޙުކުމް ބާޠިލްކޮށް، އަލްމަރްޙޫމާ މަރީނާ އިބްރާހީމްގެ ތަރިކައިގައި ހިމެނޭ […] 'ޒިންދަގީގެ' އެވެ ކިޔާ ބަންޑާރަ ގޯތީގައިވާ އެންމެހައި ޢިމާރާތްތަކާއި، ވަޅުފަދަ ތަންތަނާއި ނުއުފުލޭ މުދާ ހަމަހަމައަށް ބެހުމަށް މަރީނާ އިބްރާހީމްގެ ވާރިޘުން އެއްބަސްވެފައިވާ ގޮތުގެމަތިން އެތަރިކ މުދަ ބެހުމުން، […] / މޯސަމް، އާޤިޞާ މުޙައްމަދާއި، އެރަށު އަޒުމް، ޢަބްދުއްރަޙީމް މުޙައްމަދާއި، ވާދީ، މޫސާ ޙަނީފާއ އަދި ޒިންދަގީގެ، ޙައްވާ މުޙައްމަދާ 4 (ހަތަރެއް) މީހުން ކުރެ ކޮންމެ މީހަކަށް އެތަރިކަ މުދަލުގެ 4/1 ބައި މިލްކުވެގެންވާކަމަށް ކަނޑައަޅއ މައްސަލި ނިންމަނަ އަހުރެންނަށް ފެނެއެވެ.
ފަނޑިޔާރު ޙުސައިން މަޒީދުގެ ރައުޔު
14މި މައްސަލައިގައި ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމްގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ފަނޑިޔާރު ފާޠިމަތު ފަރްހީޒާގެ ރައުޔު
15މި މައްސަލައިގައި ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމްގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
އިސްތިއުނާފުކުރުމުގެ އިޖުރާއަތު ބަޔާންކޮށް ދިނުން
16މި ޤޟިއްޔާގަ ޙުކުމް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ ޙައްޤު މައްސަލައިގެ ޚަސްމުންނަށް ލިބިގެންވެއެވެ. އިސްތިއުނާފުކުރުމށަ ހުށަހެޅުމުގެ މުއްދަތަކީ މިއަދ 21 ސެޕްޓެންބަރު 2026 އިން ފެށިގެން 30 (ތިރީސް) ދުވަހެވެ. މި މުއްދަތުގެ ތެރޭގައި މި މައްސަލައިގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓު ޚަޞްމުންނަށް ޙަވާލުކރެވުފައިނުވާނަމަ، އިސްތިއުނާފުކުރުމުގެ މުއްދަތު ގުނަން ފަށާނީ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓު ޚަސްމުންނ ޙަވާލުކުރާ ތާރީޚުން ފެށިގެންނެވެ. ޝަރީޢަތް ނިމުނު ގޮތުގެ ޚުލާޞާއަށ ބިނާކޮށް އިސްތިއުނާފކުރުމަށު ހުށަހެޅިދާނެއެވެ.
ޙުކުމް
ދެންފަހެ، އިސްވެ ބޔާންވަ ދިޔަ ކަންކަން އެގޮތުގެމަތިން ހުރުމުން، މުލަކަތޮޅު ދިއްގަރު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2024-K8C-CIV-10 ޤަޟިއްޔާގައި، އަލްމަރްޙޫމާ މަރީނާ އިބްރާހީމްގެ ތަރިކއަ ގައި ހިމެނި ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ހ) ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ށ) ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ނ)
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ކީރިތި ޤުރްއާނުގެ ނިސާ ސޫރަތުގެ 11 ވަނަ އާޔަތް
- ސުޕްރީމް ކޯޓުގެ އާދަމް ޙަލީމް ވ. ފާޠިމަތު އާދަމް ޤަޟިއްޔާ
- ސުޕްރީމް ކޯޓުގެ ފާޠިމަތު ވ. އާމިނަތު ޙުސައިން ޤަޟިއްޔާ
- ސުޕްރީމް ކޯޓުގެ ޞާބިރާ ޙުސައިން މޫސާ ވ. ޢަޒީޒާ ޙުސައިން ޤަޟިއްޔާ
- 2019/SC-A/33، 2018/SC-A/21، 2015/SC-A/11 (ފުޓްނޯޓު)
- ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު
- ޤާނޫނު ނަންބަރު 13/2010 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ށ) (އިސްތިއުނާފުކުރި ފަރާތުން ހަވާލާދިން؛ ޚިލާފުވީ ގޮތް ބަޔާންކޮށްފައި ނުވާކަމަށް ކޯޓުން ފާހަގަކުރި)
ޝަރީޢަތުގެ ވީޑިއޯ
ހައިކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.