ޑރ. ފާތިމަތު އަލީ ދީދީ ވ. މުޙައްމަދު ޢަލިދީދީ އަދި އިތުރު ފަރާތްތައް
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- ފެމިލީ ކޯޓު 2002/Fm-C/2018
- ފަހުގެ ތާރީޚު
- ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް
ކޯ ޓާމްސް
ޚުލާޞާ
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ތަރިކަ ބެހުމުގެ މައްސަލައެއްގައި، މާލެ ސިޓީ ކައުންސިލުން ފޮނުވި ގޯތީގެ ޗާޓާ ގުޅޭ ގޮތުން ފަރާތްތަކުގެ ބަސް ނުހޯދައި މައްސަލަ ނިންމުމަކީ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާއާ ޚިލާފު ކަމެއްތޯއާއި، ވަގުތީ އަމުރަކަށް އެދިފައިވަނިކޮށް އޭގެ މައްޗަށް ގޮތެއް ނުނިންމައި މައްސަލަ ނިންމުމަކީ އިސްތިއުނާފުކުރެވޭ ސަބަބެއްތޯ.
ނިންމުން
ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައިއިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ) އާއި (ށ) ގެ ދަށުން އިންސާފުން ޝަރީޢަތްކުރެވުމަކީ ފަނޑިޔާރު ތަބާވާންޖެހޭ އެންމެ އަސާސީ މިންގަނޑެވެ. ޢަދުލުވެރިކަމާއެކު ޝަރީޢަތްކުރުމަކީ ހުރިހާ ފަރާތަކަށް ވާހަކަ ދެއްކުމާއި އަނެއް ފަރާތުގެ ކަންކަން ތަޢުނުކުރުމުގެ ފުރުޞަތު ދީ، ހަމަހަމަކަމާއެކު ޢަމަލުކުރުމެވެ؛ ދަޢުވާ އަންގައި ޖަވާބު ދިނުމުގެ ފުރުޞަތު ނުދީ ޙުކުމެއް ނުކުރެވޭނެއެވެ (ސުޕްރީމް ކޯޓުގެ އިބްރާހީމް ޢަބްދުއްލަޠީފް ވ އޯނަސް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާ).
HN2 ތަރިކަ ޤަޟިއްޔާގެ މައުޟޫޢުގެ ތެރޭގައި ހިމެނިގެން ގޮތެއް ކަނޑައަޅާފައިނުވާ ކަމަކާ (ގޯތީގެ އިމާއި ޗާޓުގެ ޞައްޙަކަން) ގުޅޭ ލިޔުމަކާ މެދު ފަރާތެއްގެ ބަސް ނުހޯދިޔަސް، އެ ބަހުސާ ގުޅޭގޮތުން ވަކި ޤަޟިއްޔާއެއްގައި ބަސްބުނުމުގެ ފުރުޞަތު ލިބިފައި/ލިބެން އޮތްނަމަ އަދި ވާރިޘުން އެދުނު ގޮތަށް ތަރިކަ ބެހިފައިވާއިރު އެ ބެހުމަށް ވާރިޘަކު އިޢުތިރާޟުކޮށްފައި ނުވާނަމަ، ތަރިކަ ބެހުމުގެ ނިންމުން ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފު ކަމަށް ނުބެލެވޭނެއެވެ.
HN3 ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 43 ވަނަ މާއްދާގެ ދަށުން އިސްތިއުނާފުކުރެވޭނީ (ހ) ޙުކުމް ބިނާވެފައިވަނީ ޤާނޫނާ ޚިލާފަށް، ނުވަތަ ޤާނޫނު ތަޠުބީޤުކުރުމުގައި ނުވަތަ މާނަކުރުމުގައި ކުށެއް ހެދިފައިވާ ކަމަށް ޤަބޫލުކުރެވޭ ސަބަބު ހުރުން، ނުވަތަ (ށ) އިޖުރާއީ ޢައިބެއްގެ ސަބަބުން ޙުކުމަށް އަސަރުކުރި އިޖުރާއަތަކީ ބާޠިލު އިޖުރާއަތަކަށް ވުމެވެ.
HN4 ފަނޑިޔާރު ޤާނޫނީ ގޯހެއް ހަދާފައިވާ ކަމަށް، ހެކިތަކަށް ނުވަތަ ވާހަކަތަކަށް ރިޢާޔަތްކޮށްފައި ނުވާ ކަމަށް، ނުވަތަ ޙައްޤު ގެއްލޭ/އިންސާފަށް ހުރަސްއެޅޭ ގޮތަށް ނިންމާފައިވާ ކަމަށް ހަމައެކަނި ބުނުމުން 43 ވަނަ މާއްދާގެ މިންގަނޑަށް ނުފޯރާނެއެވެ؛ ވާހަކަތަކަށް ރިޢާޔަތްކޮށްފައި ނުވާ ކަމަށް ބުނާނަމަ އުފެދޭ ޤާނޫނީ ބަހުސް ސާފުކޮށް ބުނަންވާނެއެވެ (ސުޕްރީމް ކޯޓުގެ އިބްރާހީމް ޖިހާދު ވ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް ޤަޟިއްޔާ).
HN5 ވަގުތީ އަމުރަކަށް އެދިފައިވަނިކޮށް އޭގެ މައްޗަށް ގޮތެއް ނުނިންމައި މައްސަލަ ނިންމުމާއި، ވަގުތީ އަމުރަށް އެދުނު ލިޔުންތައް މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުގައި ނުހިމެނުމަކީ، އެއީ ޤާނޫނަކާ ނުވަތަ ގަވާއިދަކާ ޚިލާފުވީ ގޮތެއް ބަޔާންކޮށްދީފައި ނުވާހާ ހިނދަކު، ކޯޓުތަކުގެ ޤާނޫނުގެ 43 ވަނަ މާއްދާގެ ދަށުން އިސްތިއުނާފުކުރެވޭ ޙާލަތެއް ނޫނެވެ.
ވަކީލުންނާއި ފަނޑިޔާރުން
- އިސްތިއުނާފުކުރި ފަރާތުގެ ވަކީލުން
- އަޙްމަދު މުރާދު، މަޒްލާން އެންޑް މުރާދު ލޯ އެސޯސިއޭޓްސް
- ބެންޗު
- ޢަބްދުއްރައޫފު އިބްރާހީމް، މުޙައްމަދު ޝަނީޒް ޢަބްދުﷲ، އިސްމާޢީލް ޝަފީޢު
- ރިޔާސަތު
- —
- ރައުޔު ލިޔުނު ފަނޑިޔާރު
- ޢަބްދުއްރައޫފު އިބްރާހީމް · ތާއީދުކުރެއްވީ: މުޙައްމަދު ޝަނީޒް ޢަބްދުﷲ، އިސްމާޢީލް ޝަފީޢު
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމްގެ ރައުޔު
މައްސަލައިގެ ތަޢާރަފު:
1މި އީ، ފެމިލީ ކޯޓުގެ ނަންބަރު 2002/Fm-C/2018 ޤަޟިއްޔާ ނިންމާފައިވަނީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ އެޤަޟިއްޔާ އިސްތިއުނާފުކުރުމަށް […] / މާލީ،ޑރ.ފާޠިމަތު ޢަލީދީދެ ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ.
2މި ޤަޟިއްޔާގައި އިސްތިއުނާފުރައްދުވާ ފަރާތްތަކަކީ […] /މާލެ،މުޙައްމަދު ޢަލީދީދީ އާއި 4 3 […] /މާލެ، ޢާއިޝަތު ޢަލީދީދީ އާއި […] / މާލެ، އާމިނަތު ޢަލީދީދީ އާއި، […] ފރާނަ/މާލީ، އަޙްމަދު ޢަލީދީދެ އެވެ.
ފެމެލީ ކޯޓަށް ހުށަހެޅަ މައްސަލަ
3[…] /މާލެ، ފަޟީލަތުއްޝައިޚް ޢަލީ ޙުސައިންދީދީ 21 ފެބުރުވަރީ 1989 ގައި ނިޔާވެފައިވތާ އެމަރްހޫމުގެ ތަރިކަ ވާރިޘުންގެ މެދުގައި ހަމަޖައްސައިދިނުމަށް އެދި އެމަރްޙޫމްގެ އަންހެންދަރި […] /މާލެ، ޑރ.ފާޠިމަތު ޢަލީދީގެ ފަރާތުން ފެމިލީ ކޯޓަށް މައްސަލަ ހުށަހެޅިއެވެ . މަރްހޫމް ޢަލީ ޙުސައިންދީދީ ނިޔައުވިއިރު ވާރިޘުންގެ ގޮތުގައި ދުނިޔޭގައި ތިބީ 6 (ހައެއް) ވާރިޘުން ކަމާއި، އެއީ؛ އެމަރްޙޫމްގެ ހުވަފަތް އަނބި މަރްޔަމް ލަޠީފާ (މިހާރު ނިޔާވެފައިވާ) އާއި، މަރްޙޫމްގެ 2 (ދޭއް) ފިރިހެން ދަރި […] /މާލެ، މުޙައްމަދު ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2002/Fm-C/2018 ޤަޟިއްޔާ ގެ ރިޕޯޓު ޢަލީދީދީއާއި، […] /މާލެ،އަޙްމަދު ޢަލީދީދީއާއި، 3 (ތިނެއް) އަންހެން ދަރި […] / މާލެ، ޑރ.ފާޠިމަތު ޢަލީދީދީއާއި، […] /މާލެ، އާމިނަތު ޢަލީދީދީއާއި، […] /މާލެ، ޢާއިޝަތު ޢަލީދީދީ ކަމާއި، އެމަރްޙޫމްގެ ތަރިކައިގައި ހިމެނޭ […] އެވެކިޔާ ގޯތީގައިވާ އެންމެހައި އިމާރާތްތަކާ ނުއުފުލޭ މުދާ، ވާރިޘުންގެ މެދުގައި ބަހައިދިނުމަށް އެދިފައިވަނީ ހުރިހާ ވާރިޘުންގެ މެދުގައް ހަމަހަމަވާ ގޮތަށްކަން އެޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެއެވެ.
ފެމިލީ ކޯޓުން މައްސަލަ ނިންމި ގޮތް
4އިސްތިއުނާފުކުރެވިފައިމިވާ ފެމެލީ ކޯޓުގެ ޤަޟިއްޔާގައި، އަލްމަރްޙޫމް ޢަލީ ޙުސައިންދީދީގެ ތަރިކައިގައި ހިމެނޭ […] އެވެކިޔާ ބަންޑާރަ ގޯތީގައިވާ އެންމެހައި އިމާރާތްތަކާއި ނުއުފުލޭ މުދާ އެމަރްހޫމުގެ 6 (ހައެއް) ވާރިޘުންނަށް ހަމަހަމއަށަ ލިބް މިލްކުވެގެންވާ ކަމަށް ނިންމާފައިވެއެވެ.
އިސްތިއުނާފކުރުމަށް ހުށަހެޅު ނުކުތާތައް
5ފެމިލީ ކޯޓުގެ ނަންބަރު 2002/Fm-C/2018 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ޑރ.ފާޠިމަތު ޢަލީދީދީގެ ފަރާތުން އަންނަނިވި 2 (ދޭއް) ނުކުތާ ހުށަހަޅާފައިވެއެވެ. އެއީ؛
1.5 […] ޗާޓުގެ ގޮތުގައެ މާލެ ސިޓީ ކައުންސިލނު ފެމިލީ ކޯޓާ ހިއްސާކޮށްފައިވާ ޗާޓު، މައްސަލައިގައި ހިމެނޭ ފަރާތްތަކާ ހިއްސާނުކޮށް، މައްސަލަ ނިންމާފައިވަނީ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާއާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާ އާއި؛ މަރްހޫމް ޢަލީ ޙުސައިން ދީދީގެ ތަރިކައިގައި ހިމެނޭ އެހެން މުދާ ބަހައިދިނުމަށް އެދި ހުށަހަޅައި އެކަމާގުޅޭ ގޮތުން ޙުކުމް ކުރައްވާފައިވީނަމަވެސް، އެމުދަލާ ގުޅޭ ގޮތުން ޚުޞޫމަތެއް އުފައްދާފައިނުވާތީ އެކަންކަން މިރިޕޯޓުގައި ބަޔާންކުރުމުގެ ބޭނުމެއް އޮތްކަމަށް ނުފެންނާތީ އެކަންކަން ބަޔާންނުކޮށް ދޫކޮށްލާފައިވަނީއެވެ. މައްސަލައާއެކު ހުށަހެޅިފައިވާ ބައެއް ލިޔެކިޔުންތަކުގައި އެޑްރެސްގެ ގޮތުގައި 'މއ.އަހުރާމުގެ' ލިޔެވިފައި.
2.5ފެމިލީ ކޯޓުގެ ނަންބަރު 2002/Fm-C/2018 ޤަޟިއްޔާގައި ޑރ.ފާޠިމަތު ޢަލީދީދީ 09 ސެޕްޓެންބަރު 2020 ގައި ވަގުތީ އަމުރަކަށް އެދިފައިވަނިކޮށް، 14 ސެޕްޓެންބަރު 2020 ގައި ވަގުތީ އަމުރާމެދު ގޮތެއް ނުނިންމައި މައްސަލަ ނިންމާފައިވާ މާއި، އަދި ވަގުތީ އަމުރަށް އެދުނު ލިއުންތައް، މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުގައި ހިމަނފައިނުވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ. މިއިސްތިއުނާފީ ނުކުތާ ތަކުގެ ތަފްސީލުގައި އިސްތިއުނާފުކުރާ ފަރާތުން ދެއްކި ވާހަކު
6ފެމިލީ ކޯޓުގެ ނަންބަރު 2002/Fm-C/2018 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ހުށަހެޅި ނުކުތާތައް ހުށަހަޅައި އެނުކުތާތަކާ ގުޅޭ ގޮތުން ޝަރީޢަތު ގެ މަޖިލީހުގައި ދެއްކި ވާހަކަތަކުގެ ޚލު ޞާ ތިރީގައި ބަޔާނކޮށްފައް އެވަނީއެވެ.
1.6 ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގައިވާ ގޮތުން ޢަދުލުވެރި ކަމާއި ހަމަހަމަ ކަމާއެކު އެކަށީގެންވާ މުއްދަތެއްގައި ޝަރީޢަތްކުރުމުގެ ޙައްޤު ކޮންމެ މީހަކަށް ލިބިގެންވަ ކަމަށާ ބަޔާންކޮށްފައިވާ ކަމާއި، ޢަދުލުވެރި ކަމާއެކު ޝަރީޢަތްކުރި ކަމަށްވާނީ މައްސަލައާ ގުޅިގެން ހުށަހެޅޭ އެންމެހައި ލިޔެކިޔުންތައް މައްސަލައިގައި ހިމެނޭ ފަރާތްތަކާ ހިއްސާ ކުރުން ކަމަށް ވާއިރު، މި މައްސަލާގައި މާލެ ސިޓީ ކައުންސިލްގެ އިދާރާއިން 10 ޑިސެންބަރު 2019 ގައި ފެމިލީ ކޯޓާ ހިއްސާ ކޮށްފައިވާ ޗާޓަކީ ޞައްޙަ ޗާޓެއްތޯ ބަލައި، އެކަމާ ގުޅިގެން ބަސް ބުނުމުގެ ފުރުޞަތު މައްސަލައިގައި ހިމެނޭ ފަރާތްތަކަށް ލިބި ނުދީ މައްސަލަ ނިންމާފައިވަނީ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާއާ ޚިލާފަށް ކަމަށް އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވެއެވެ.
2.6. […] ރާމްގ އެ އިންވެގެން ދެކުނުން އޮންނަ […] ކިޔާ ގޯތީގައި އިމާރާތް ކުރުމުގެ ތެރޭގައި […] ގޯތީގެ ބައެއް ހިމެނޭ ގޮތަށް އިމާރާތް ކުރުމަށް ފައުންޑޭޝަން އެޅުމުގެ މަސައްކަތް ފެށުމުން، މި މަސައްކަތް ހުއްޓުވައި ދިނުމަށް އެދި 09 ސެޕްޓެންބަރު 2020 ގައި އިސްތިއުނާފުކުރާ ފަރާތުން ފެމިލީ ކޯޓަށް ވަގުތީ އަމުރަކަށް އެދި ފޯމު ހުށަހެޅި ނަމަވެސް، ވަގުތީ އަމުރާމެދު ގޮތެއް ނުނިންމައި ފެމިލީ ކޯޓުގެ ނަންބަރު 2002/Fm-C/2018 ޤަޟިއްޔާގއަ ތަރިކައިގެ މައްސަލަ ނިންމާފައިވާ ކަމެވެ. އިސްތިއުނާފކުރު ފަރާތުން އެދޭގޮތް:
7އިސްތިއުނާފުކުރާ ފަރާތުން އެދެނީ،ފެމިލީ ކޯޓުގެ ނަންބަރު 2002/Fm-C/2018 ޤަޟިއްޔާގައި ޝަރީޢަތް ހިނގަމުން ދިޔައިރު ފަޟީލަތުއްޝައިޚް ޢަލީ ޙުސައިންދީދީގ ތަރިކައިގެ ތެރޭގައި ހިމެނޭ […] ގޯތީގެ ބައެއް އުނިކޮށް، ޖެހިގެން ހުރި […] އެވާ ކިޔާ ގޯތި އިމާރާތް ކުރުމުގެ މަސައްކަތް ހުއްޓުވުމަށް އެދިފައިވާ ވަގުތީ އަމުރާމެދު ފެމިލީ ކޯޓުން ގޮތެއް ކަނޑައަޅުއްވާފައިނުވަނ ޝަރުޢީ އަދި ޤާނޫނީ އުޞޫލތަކު ޚިލާފަށް ކަމާއި، މައްސަލއިގައަ ހިމެނި އެއްވެސް ޚޞަމަކަށ އެންގުމެއް ނެތި މާލެ ސިޓީ ކައުންސިލނު ފޮނުވި ޞައްޙަނޫން ޗާޓެއްގެ މައްޗަށް ބިނާކޮށް ފަޟީލަތުއްޝައިޚް ޢަލީ ޙުސައިންދީދީގ ތަރިކައިގެ ތެރޭގައި ހިމެނޭ […] ގޯތީގެ އިންފާރާމެދު ފެމިލީ ކޯޓުން ގޮތެއް ކަނޑައަޅުއްވާފައިވަނީ އެ އިންފާރުގެ ޞައްޙަކަން ކަށަވަރު ކުރުމަށް އެދިފައިވާ ހިނދު، އެކަން ނުކޮށް ކަމުން ފެމިލީ ކޯޓުގެ ނަންބަރު 2002/Fm-C/2018 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގައި ހިމަނާފައިވާ […] ޗާޓަކީ ޞައްޙަ ޗާޓެއް ނޫންކަމަށް ކަނޑައަޅައި މައްސަލަ ނިންމައި ދިނުމަށެވެ. އިސްތިއުނާފުރައްދުވާ ފަރާތނު ދެއްކި ވާހަކަތކަ އާ އެދޭ ގޮތް
8އިސްތިއުނާފުރައްދުވާ ފަރާތުން އިސްތިއުނާފީ ނުކުތާތަކުގެ ރައްދުގައި ފާހަގކޮށްފައިވަ ނ، މި މައްސަލއިގައަ އިސްތިއުނާފުކުރާ ފަރާތުން ފާހަގަކޮށްފައިވާ ކަންކަމަށް ތާއީދުކުރީ ކަމަށއާ އިސްތިއުނާފުކުރި ފަރާތުން އެދިފައިވާ ގޮތަށް މައްސަލަ ނިންމައި ދިނުމަށް އެދޭ ކަމަށެވެ.
ފާހަގަ ކުރެވުނު ކަންކަން
9މި މައްސަލަ އިސްތިއުނާފުކުރުމަށް ޑރ.ފާޠިމަތު ޢަލީދީދީ ހުށަހަޅާފައިވާ ނުކުތާތަކަށާއި އެ ނުކުތާތަކާ ގުޅޭ ގޮތުން މައްސަލައިގައި ހިމެނޭ ފަރާތްތަކުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، ފެމިލީ ކޯޓުގެ ނަންބަރު 2002/Fm-C/2018 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށާއި، އެމައްސަލއަ ގުޅުން ހުރި އެންމެހައި ލިޔުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް ފާހަގަ ކުރެވެއެވެ.
އިސްތިއުނާފީ ފުރަތަމަ ނުކުތއާގުޅާ
10މާލެ ސިޓީ ކައުންސިލނު ފެމިލީ ކޯޓާ ހިއްސާކޮށްފައިވާ […] ކިޔާ ބަންޑާރަ ގޯތީގެ ޗާޓު، މި މައްސަލައިގައި ހިމެނޭ ފަރާތްތަކާ ހިއްސާނުކޮށް މައްސަލަ ނިންމުމަކީ، ޤާނޫނުއަސާސީގެ 42 ވަނަ މާއްދާއާ ޚިލާފު ކަމއެ ކަމަށް އިސްތިއުނާފުކުރާ ފަރާތުން ބުނފައިވެ އެވެ.
11ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގައިވަނީ،
(ހ) ކޮންމެ މީހެއްގެމެ މަދަނީ ޙައްޤުތަކާއި ވާޖިބުތައް ކަނޑައެޅުމުގައި ނުވަތަ ޖިނާއީ ކުށެއްގެ ދަޢުވާ މީހެއްގެ މައްޗަށް އުފުލުމުގައި، ޤާނޫނަކުން ޤާއިމްކޮށްފައިވާ މިނިވަން އަދި މުސްތަޤިއްލު ކޯޓެއްގައި ނުވަތަ ޓްރައިބިއުނަލެއްގައި އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި، ޢާންމުކޮށް ހުޅުވައިލެވިގެން ބާއްވާ، އަޑުއެހުމެއްގައި އިންޞާފުން ޝަރީޢަތްކުރެވުމުގެ ޙައްޤު ކޮންމެ މީހަކަށްމެ ލިބިގެންވެއެވެ .
(ށ) ދިވެހިރާއްޖޭގައި ހިންގާ އެންމެހައި ޝަރީޢަތްތައް ހިންގާންވާނީ ޢަދުލުވެރި ކަމާއެކު، ވަކި ފަރާތަކަށް ނުޖެހި، ހާމަކަމާއެކު ގައެވެ . މިފަދައިންނެވެ.
12މި މައްސަލަ ނިންމުމުގައި ފެމިލީ ކޯޓުން ޤާނޫނުއަސާސީގެ 42 ވަނަ މާއްދާއާ ޚިލފާ ވ ކަމަށާ އިސްތިއުނާފުކުރާ ފަރާތުން ބޔާންކޮށްފައިވަ ނަމަވެސް، އެ ނިންމނު ޚިލާފުވަނީ އެމާއްދާގެ ކޮން އަކުރަކާ ކަމެއް އިސްތިއުނާފުކުރާ ފަރާތުން ބަޔާންކޮށްފައި ނުވެއެވެ. މި މައްސަލައިގެ ޝަރީޢަތުގެ މަޖިލީހުގައި އިސްތިއުނާފުކުރާ ފަރާތުން ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު، ޢަދުލުވެރިކަމާއި ހާމަކަމާއެކު ޝަރީޢަތް ކުރުމުގެ ޙައްޤު ލިބިނުދޭކަމަށް ބުނެފައިވާތީ، އިސްތިއުނާފުކުރާ ފަރާތުން ހަވާލާދެނީ އެމާއްދާގެ (ށ) އަށް ކަމަށް ބެލެވއެ ވެ. ޢަދުލުވެރިކަމާއި ހާމަ ކަމާއެކު ޝަރީޢަތް ކުރެވުމުގެ ޙައްޤު ލިބިނުދޭ ކަމަށް އެ ފަރާތުން ބުނާ ސަބަބތައު މިރިޕޯޓުގެ 6.1 ގައި ބަޔާންކޮށްފައި އެވަނީއެވެ.
13HN1މީހެއްގެ މައްޗަށް އިންސާފުން ޝަރީޢަތް ކުރެވުމަކީ އަސާސީ އިންސާނީ ޙައްޤއެ ކަމާއި، ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ) އާއި (ށ) ގެ ދަށުން ބަޔާންކޮށްފައިވާ މި އުޞޫލުތަކަކީ، އިންސާފު ހޯދަން އަންނަ ފަރާތްތަކަށް ފަނޑިޔާރުން ޢަމަލުކުރަނީ އިންސާފުންކަން ދޭހަކޮށް ދިނުމަށް ފަނޑިޔާރު ތަބާވާންޖެހޭ އެންމެ އަސާސީ މިންގަޑުކަމާއި، ޢަދުލުވެރި ކަމާއެކު ޝަރީޢަތް ކުރުމަކީ މައްސަލައެއްގައި ހިމެނޭ ހުރިހާ ފަރާތްތަކަކަށް އެމައްސަލައާ ގުޅޭ ގޮތުން ވާހަކަ ދައްކަން ފުރުޞަތު ދީ، އަދި އަނެއް ފަރާތުން ހުށަހަޅާ ކަންކަން ތައުނު ކުރުމަށް ފުރުޞަތު ދިނުމާއެކު، މައްސަލައިގެ ހުރިހާ ފަރާތަކާމެދު ވެސް ހަމަހަމަ ކަމާއެކު ޢަމަލުކުރުން ކަމާއި، މި މަފްހޫމްގެ ދަށުން އެއްވެސް މީހެއްގެ މައްޗަށް ކޮށްފައިވާ ދަޢުވާއަކީ ކޮބައިކަން އެމީހަކަށް ނާންގައި، އެ ދަޢުވާއަށް ޖަވާބު ދާރީވާނ ނުވަތް ދިފާޢުވާން ފުރުޞަތު ދިނުމެއް ނެތި، ފަނޑިޔާރަކަށް ޙުކުމެއް ނުކުރެވޭނެ ކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އިބްރާހީމް ޢަބްދުއްލަޠީފް ވ އޯނަސް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގައި، ބަޔާންކޮށްފައިވެއެވެ.
14ފެމިލީ ކޯޓުގެ ނަންބަރު 2002/Fm-C/2018 ޤަޟިއްޔާއަކާ […] /ފަޟީލަތުއްޝައިޚް ޢަލީ ޙުސައިންދީދ ނިޔާވެފައިވާތީ އެމަރްޙޫމްގެ ތަރިކަ، ވާރިޘުންގެ މެދުގައި ހަމަޖެއްސުމަށް އެދި ހުށަހެޅުމުން ބެލި ޤަޟިއްޔާއެކެވެ. އެޤަޟިއްޔާގައި ޢަލީ ޙުސައިންދީދީގެ ތަރިކައިގައި ހިމެނޭ، […] އެވެ ކިޔާ ބަންޑާރަ ގޯތީގައިވާ އިމާރާތްތަކާއި ނުއުފުލޭ މުދާ ބަހައި ދިނުމަށް ޑރ.ފާޠިމަތު ޢަލީދީދީގެ ފަރާތުން އެދިފައިވަނީ ވާރިޘުންގެ މެދުގައި ހަމަހަމވަ ގޮތަށެވެ. އެމަރްހޫމގް ހުރިހާ ވާރިޘުން ވެސް އެގޮތަށް ތަރިކަމުދާ ބެހުމަށް އެއްބަސްވފައިވެއެ ވެ. ތަރިކަ މުދާ ހުރި ގޯތީގެ އިމުގެ ނުވަތަ އެގޯތީގެ ޗާޓުގެ މައްސަލައެއް ފާހަގަކޮށް އެކަމާގުޅޭ ގޮތުން ސުވާލު އުފައްދައި އެއްވެސް ވާރިޘަކު ވާހަކަ ދައްކާފައިނުވާ ކަމާއި، ފެމިލީ ކޯޓުން މައްސަލަ ނިންމާ ފައ ވަނި ވާރިޘުންގެ ފަރާތުން އެދިފައިވާ ގޮތަށް ޢަލީ ޙުސައިންދީދގީ ތަރކި އިގައަ ހިމެނި […] އެވެކިޔާ ބަންޑާރަ ގޯތީގައިވާ އެންމެހައި އިމާރާތްތަކާއި ނުއުފުލޭ މުދާ އެމަރުޙޫމުގެ 6 (ހައެއް) ވާރިޘުންނަށް ހަމަހަމައަށް ލިބަ މިލްކުވެގެންވާ ކަމަށެވެ. އެޤަޟިއްޔާގައި މާލެ ސިޓީ ކައުންސިލްގެ އިދާރާއިން ފެމިލީ ކޯޓަށް ފޮނުވި […] އެވެކިޔާ ބަންޑާރަ ގޯތީގެ ޗާޓގު ޞައްޙކަނަ ނުވަތް ނޫންކަމުގެ މައްޗަށް ގޮތެއް ނިންމާފައި ނުވާކަން އެނގާ އެވެ.
15HN2[…] އެވެ ކިޔާ ބަންޑާރަ ގޯތީގެ އިމާއި އެ ގޯތީގެ ޗާޓު ޞައްޙނޫނަ ކަމަށް ބުނެ، މާލެ ސިޓީ ކައުންސިލްގެ އިދާރާގެ މައްޗަށް ރައްދުވާ ގޮތަށް ޑރ.ފާޠިމަތު ޢަލިދީދީގެ ފަރާތުން ސިވިލް ކޯޓަށް 07 އޮކްޓޫބަރު 2020 ގައި ހުށަހެޅި މައްސަލަ، އެކޯޓުގެ ނަންބަރ 2359/Cv-C/2020 ޤަޟިއްޔާއިން ބަލައި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓިގެ ނަންބަރު [2021] SC 18 ޤަޟިއްޔާ އެ ދަޢުވާގައި ޚުޞޫމާތު އުފެދިފައިވާ އިންފާރަކީ […] އިންފާރެއްކަމަށް ދަޢުވާކުރާ ފަރާތުން ބުނާ ބުނުން ފިޔަވައި އެފާރަކީ […] އިންފާރުކަނ ޝަރީޢަތަށް ސާބިތު ކުރެވޭ ވަރުގެ ކާފީ ހެކި ދަޢުވާކުރާ ފަރާތުން ޝަރީޢަތަށް ހުށަހަޅާފައިނުވާތީ ދަޢުވާކުރާ ފަރާތުން އެދިފައިވާ ގޮތަށް މާލޭ ސިޓީ ކައުންސިލުގެ އިދާރާގެ މައްޗަށް އަންގައި އަމުރުކުރާނެ ތަނެއްނެތްކަމށަ 23 އޮގަސްޓް 2021 ގައި ނިންމާފައިވެއެވެ. އެގޮތަށް ނިންމާފައިވަނީ، […] ކިޔާ ބަންޑާރަ ގޯތީގެ ޗާޓާގުޅޭ ގޮތުން މައްސަލައިގައި ހިމެނޭ ފަރާތްތަކަށް ބަސް ބުނުމުގެ ފުރުޞަތު ލިބިދިނުމަށްފަހު ގައިކަން އެޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެއެވެ. އެޤަޟިއްޔާގެ ނިންމުން ރަނގަޅު ނޫންކަމަށް ބުނެ ޑރ.ފާޠިމަތު ޢަލިދީދީގެ ފަރާތުން އެޤަޟިއްޔާ އިސްތިއުނާފުކުރުމުން ބެލި މިކޯޓުގެ ނަންބަރު 2021/HC-A/305 ޤަޟިއްޔާގައި، އެމައްސަލަ އަލުން ބެލުމަށް ސިވިލް ކޯޓަށް ތަޙްވީލުކުރުމަށް ނިންމާފައިވާކަން އެނގެން އޮތުމުން، […] ރުމުގެ ކިޔާ ބަންޑާރަ ގޯތީގެ އމުގި އަދި/ނުވަތަ ޗާޓުގެ ޞައްޙަކަމާގުޅޭ މައްސަލައަކީ ޝަރުޢީ މަރުހަލއިނާ ގޮތެއް ކަނޑަޅަނޖެހް ގޮތަށް މިހާރު ވެސް އޮތް މައްސަލއެއަ ކަމާއި، އެމައްސަލައިގެ ތެރއިނެ އިސްތިއުނާފުކުރާ ފަރާތުން ސުވާލު އުފައްދާ […] ކިޔާ ގޯތީގެ ޗާޓް އަދި/ނުވަތަ އެގޯތީގެ އިންތަކާ ގުޅޭ ގޮތުން ބަސްބުނެ ވާހަކަ ދެއްކުމުގެ ފުރުޞަތު އެފަރާތަށް ލިބިގެންދާނެ ކަމުގައި ދެކެމެވެ. […] ކިޔާ ބަންޑާރަ ގޯތީގެ އިމުގެ ނުވަތަ ޗާޓުގެ ޞައްޙކަމަ ގުޅާ ޚުޞޫމާތަކީ ފެމިލީ ކޯޓުން ބެލި ތަރިކަ ޤަޟިއްޔާގެ މައުޟޫޢުގެ ތެރޭގައި ހިމެނިގެން ބަލައި ގޮތެއް ކަނޑާއަޅާފައިވާ ކަމކަ ށ ނުވާތީ، އެކަމާގުޅޭގޮތުން މި ޤަޟިއްޔާގައި ގޮތެއް ކަނޑައަޅަންޖެހޭ ތަނެއް އޮތްކަމަކަށް ނުދެކެމެވެ.
16އެހެންކަމުން، […] އެވެކިޔާ ބަންޑާރަ ގޯތީގެ ޗާޓްކަމަށ މާލް ސިޓީ ކައުންސިލުން ފެމިލީ ކޯޓާ ހިއްޞާ ކޮށްފައިވާ ޗާޓާ ގުޅިގެން އިސްތިއުނާފުކުރާ ފަރާތގު ބަހެއް ނުހޯދައި ފެމިލީ ކޯޓުން މައްސަލަ ނިންމާފައިވީ ނަމަވެސް، އެޗާޓުގެ ޞައްޙަ ކަމުގެ މައްޗަށް އުފެއްދި ސުވާލު/ބަހުސާ ގުޅޭ ގޮތުން އިސްތިއުނާފުކުރާ ފަރާތަށް ބަސް ބުނުމުގެ ފުރުޞަތު އިސްވެ ބުނެވުނު ސިވިލް ކޯޓުގެ ޤަޟިއްޔާގައި ލިބިދީފައިވާތީއާއި، އެޤަޟިއްޔާގެ ނިންމުން ބާޠިލުކޮށް އެމައުޟޫޢު އަލުން ބެލުމަށް ސިވިލް ކޯޓަށް ތަޙްވީލުކުރުމަށް މިކޯޓުގެ އިސްވެ ބުނެވުނު ޤަޟިއްޔާގައި ނިންމާފައިވުމުން އެމައްސަލަ ސިވިލް ކޯޓުން އަލުން ބަލާއިރު، އެކަމާގުޅޭ ގޮތުން ބަސްބުނެ ވާހަކަ ދެއްކުމުގެ ފުރުޞަތު އިސްތިއުނާފުކުރާ ފަރާތަށް ލިބިގެންދާނކަމަށެ ބެލެވޭތީއާއި، […] އެވެކިޔާ ބަންޑާރަ ގޯތީގެ ޗާޓްކަމަށ މާލް ސިޓީ ކައުންސިލުން ފެމިލީ ކޯޓަށް ފޮނުވި ޗާޓް ޞައްޙނޫންކަމަށަ މިހާތަނަށް ކޯޓަކުން ނުވަތަ އިދާރާއަކުން ނިންމފައާނުވާތީއާއި، […] އެވެ ކިޔާ ބަންޑާރަ ގޯތީގައިވާ ޢަލީ ޙުސައިންދގެ ތަރިކައިގައި ހިމެނީ އެންމެހައި އިމާރާތްތަކާއި ނުއުފުލޭ މުދާ ވާރިޘުންގެ މެދުގައި ބެހުމަށް އިސްތިއުނާފުކުރެވިފައި މިވާ، ފެމިލީ ކޯޓުގެ ޤަޟިއްޔާގައި ނިންމާފައިވާ ގޮތް ރަނގަޅު ނޫންކަމަށް އެމަރްހޫމްގެ ވާރިޘެއްގެ ފަރާތނު ބުނފައިނުވެ ތ، […] އެވެކިޔާ ބަންޑާރަ ގޯތީގައިވާ ޢިމާރާތްތަކާ ނިއު ފުލު މުދާ، ޢަލީ ޙުސައިންދީދީގެ ވާރިޘުންގެ މެދުގައި ބެހުމަށް، ފެމިލީ ކޯޓުން ނިންމާފައިވާ ނިންމުން ޝަރުޢީ އަދި ޤާނޫނީ އުޞޫލަކާ ޚިލާފުކަމަށް ބ ލާނަ ތަނެއްއޮތް ކަމަކަށް ނުފެނެއެވެ.
އިސްތިއުނާފީ ދެވަނަ ނުކުތއާގުޅާ
17HN3ދަށުކޯޓުތަކާއި ޓްރައިބިއުނަލްތަކުން ނިންމާ ނިންމުން އިސްތިއުނާފުކުރެވޭ ޙާލަތްތައް ނުވަތަ އިސްތިއުނާފުގެ އޮޅިގަނޑު، ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގ ކޯޓުތަކުގެ ޤާނޫނު) ގެ 43 ވަނަ މާއްދާގައި ބަޔާންކުރެއެވެ. އެމާއްދާގައި ބުނާގޮތުން އިސްތިއުނާފުކުރެވޭނީ މައިގަނޑު ދެ ޙާލަތެއް މެދުވެރިވެފައި އޮތް ނަމައެވެ. އެއީ؛ (ހ) އިސްތިއުނާފުކުރަން ހުށަހަޅާ ޙުކުމް ނުވަތަ ނިންމުން ބިނާކުރެވިފައ ވަނި ޤާނޫނީ ޚިލާފަށް ކަމަށް ޤަބޫލުކުރެވޭ ސަބަބުތަކެއް ހުރުން ނުވަތަ ޤާނޫނު ތަޠުބީޤު ކުރުމުގައި ނުވަތަ ޤާނޫނު މާނަ ކުރުމުގައި ކުށެއް ހެދިފައިވާކަމަށް ޤަބޫލު ކުރެވޭ ސަބަބުތަކެއް ހުރުން އަދި، (ށ) ޙުކުމުގެ ނުވަތަ ނިންމުމުގެ ކުރިއަށް އައި އިޖުރާއަތެއްގައި ހިމެނުނު އިޖުރާއީ އައިބެއްގެ ސަބަބުން ޙުކުމަށް ނުވަތަ ނިންމުމަށް އަސަރު ފޯރުވި އިޖުރާއަތަކީ ބާޠިލު އިޖުރާއަތެއް ކަމުގައިވުން ކަމަށެވެ.
18HN4ހަމައެއާއެކު ޝަރީޢަތްކުރާ ފުރަތަމަ މަރުޙަލާގައި އިއްވާ ޙުކުމްތަކާއި ނިންމާ ނިންމުންތައް ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމަށްޓަކައި އިސްތިއުނާފުކުރާ ފަރާތުން ގިރާކުރަންޖެހޭ ޤާނޫނީ އޮޅިގަނޑު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އިބްރާހީމް ޖިހާދު ވ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް މައްސަލައިގައި ބަޔާންކޮށްފައިވެއެވެ. އެ މައްސަލަ ނިންމުމުގައި ބުނެފައިވަނީ، "މައްސަލަ ބަލަ ފަނޑިޔާރާ ޤާނޫނު ގޮތުން ގޯހެއް ހަދާފައިވާކަމަށް ހަމައެކަނި ބުނާ ބުނުމަކުން ނުވަތަ ރިޢާޔަތްކުރަންޖެހޭ މިންވަރަށް ހެކިތަކަށް ރިޢާޔަތްކޮށްފައިނުވާކަމަށް ބުނާ ބުނުމަކުން ނުވަތަ ތިމަންނަގެ ފަރާތުން ދައްކާފައިވާ ވާހަކަތަކަށް ރިޢާޔަތްކޮށްފައި ނުވާކަމަށް ބުނާބުނުމަކުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކުރަން ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 43 ވަނަ މާއްދާއިން ހުއްދަކުރާ މިންގަނޑަށް ވާސިލްނުވެވެއެވެ. ދަށުކޯޓުން މައްސަލަ ނިންމާފައިވަނީ ތިމަންނަގެ ޙައްޤު ގެއްލޭގޮތަށް ކަމަށް ހަމައެކަނި ބުނާބުނުމަކުން ނުވަތަ އަދުލު އިންސާފަށް ހުރަސް އެޅޭގޮތަށ ކަމަށް ހަމައެކަނި ބުނާ ބުނުމަކުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކުރަން ދިވެހިރާއްޖޭގެ ކޯޓުތަކުގް ޤާނޫނުގެ 43 ވަނަ މާއްދާއިން ހުއްދަކުރާ މިންގަނޑަށް ވާސިލްނުވެވެއެވެ." މިފަދައިންނެވެ. ހަމައެއާއެކު ތިމަންނަގެ ފަރާތުން ދައްކާފައިވާ ވާހަކަތަކަށް ރިޢާޔަތްކޮށްފައި ނުވާކަމަށް ބުނާނަމަ އެކަމުގައި އުފެދޭ ޤާނޫނީ ބަހުސަކީ ކޮބައިކަން އެ ނުކުތާގައި ސާފުކޮށް ބުނަންވާނެކަމަށް ވެސް އެ ޤަޟިއްޔާގައި ބުނެފައިވެއެވެ.
19HN5އިސްވެ ބަޔާންކުރެވުނު ކަންކަމުގެ އަލީގައި އިސްތިއުނާފުކުރާ ފަރާތުން ހުށަހެޅި އިސްތިއުނާފީ ދެވަނަ ނުކުތާއަށް ބަލާއިރު، އިސްތިއުނާފުކުރާ ފަރާތުން މި ނުކުތާގައި ބަޔާންކޮށްފައިވަނީ ދަށުކޯޓުގައި މި މައްސަލައިގެ ތެރެއިން އެފަރާތުން އެދިފައިވާ ވަގުތީ އަމުރަކާއި ގުޅިގެން ގޮތެއް ނުނިންމައި އަދި އަމުރަށް އެދި އެފަރާތުން ހުށަހެޅި ފޯމާއި ލިޔެކިޔުންތައް މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުގައި ހިމަނާފައނުވާކަމެވެ. މިމައްސަލައިގައި ޤަޟިއްޔާ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-L/91 ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓުގައި އެ ލިޔެކިޔުންތައް ހިމަނާފައި ނުވުމަކީ ނުވަތަ އެފަރާތުން އެދިފައިވާ ވަގުތީ އަމުރާމެދު ގޮތެއް ނުނިންމާ އޮތް އޮތުން، ކޯޓުތަކުގެ ޤާނޫނުގެ 43 ވަނަ މާއްދާގައި މައްސަލައެއް އިސްތިއުނާފުކުރުމަށް ހުށަހެޅިދާނެ ޙާލަތްތައްކަމަށް ބަޔާންކުރާ ޙާލަތްތަކުގެ ތެރެއަށް ވަންނަ ގޮތެއް ނުވަތަ ވަގުތީ އަމުރަކަށް އެދިފައިވަނިކޮށް އެކަމާމެދު ގޮތެއް ނުނިންމައި މައްސަލަ ނިންމުން ނުވަތަ ވަގުތީ އަމުރަށް އެދި ހުށަހެޅި ލިޔުންތައް މައްސަލަ ނިންމި ގޮތުގެ ރިޕޯޓުގައި ނުހިމެނުން ޤާނޫނާއި ނުވަތަ ގަވާއިދަކާ ޚިލާފުވީ ގޮތެއް އިސްތިއުނާފުކުރާ ފަރާތަށް ބަޔާންކޮށްދެވިފައި ނުވެއެވެ. އެހެންކަމުން މި ނުކުތާއަކީ އިސްތިއުނާފީ އޮޅިގަނޑު ގިރާކުރާ ނުކުތާއެއް ކަމުގައި އަހުރެންނަކަށް ނުފެނެއެވެ.
ނިންމަން ފެންނަ ގޮތް
20ޑރ.ފާޠިމަތު ޢަލީދީގެ ފަރާތުން ފެމިލީ ކޯޓުގެ ނަންބަރު 2002/Fm-C/2018 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް ހުށަހޅެ ނުކުތާތަކުގެ މައްޗަށް ބިނާކޮށް އެޤަޟިއްޔާގެ ޙުކުމަށް ބަދަލު ގެންނަންޖެހޭ ޝަރުޢީ އަދި ޤާނޫނީ ސަބަބެއް ނެތްކަމަށް ކަނޑައަޅައި، މިޤަޟިއްޔާ ނިންމަ ން އަހުރެންނަށް ފެނެއެވެ.
ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲ ރައުޔު
21މި މައްސަލައިގައި ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމްގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ފަނޑިޔާރު އިސްމާޢީލް ޝަފީޢގު ރައުޔު
22މި މައްސަލައިގައި ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމްގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާ (ހ) އަދި (ށ)
- ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 43 ވަނަ މާއްދާ
- ސުޕްރީމް ކޯޓު: އިބްރާހީމް ޢަބްދުއްލަޠީފް ވ އޯނަސް ޕްރައިވެޓް ލިމިޓެޑް ([2021] SC 18 ކަމަށް ފުޓްނޯޓުގައި)
- ސުޕްރީމް ކޯޓު: އިބްރާހީމް ޖިހާދު ވ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ފުޓްނޯޓުގައި '2019/SC-L/91' ކަމަށް އޮޅިފައި)
ޝަރީޢަތުގެ ވީޑިއޯ
ހައިކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.