ޑރ. ފާތިމަތު އަލީ ދީދީ ވ. މުޙައްމަދު ޢަލިދީދީ އަދި އިތުރު ފަރާތްތައް
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- ސިވިލް ކޯޓު 2359/Cv-C/2020
- ފަހުގެ ތާރީޚު
- ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް
ކޯ ޓާމްސް
ޚުލާޞާ
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ދަޢުވާކުރާ ފަރާތުން ހުށަހެޅި ކިތާބީ އަދި ޝަފަހީ ހެކިތަކާމެދު ގޮތެއް ނުނިންމައި، ހެކިން ހާޒިރުނުކޮށް، ހެކި ވަޒަންކުރި ގޮތް ބަޔާންނުކޮށް ސިވިލް ކޯޓުން ދަޢުވާ (މާލެ ސިޓީ ކައުންސިލަށް ރައްދުވާ ގޯތީގެ އިމާއި ޗާޓުގެ ދަޢުވާ) ނިންމުމަކީ ރަނގަޅު ކަމެއްތޯ.
ނިންމުން
ދަށުކޯޓުގެ ނިންމުން ބާޠިލުހެކިތަކާމެދު އަލުން ގޮތެއް ނިންމުމަށް ސިވިލް ކޯޓަށް އަލުން ބެލުމަށް ފޮނުވި
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 މައްސަލައެއް ނިންމުމުގައި ސަބަބު ބަޔާންކުރުމަކީ ޝަރީޢަތުގެ ހާމަކަމާއި ފަނޑިޔާރު މައްސަލަ އެކަށީގެންވާ މިންވަރަކަށް ބަލާފައިވާކަން ކަށަވަރުކުރާ މަގަކަށްވެފައި، ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ) އިން ކަށަވަރުކޮށްދޭ އިންސާފުވެރި ޝަރީޢަތުގެ މައިގަނޑު އުންސުރެކެވެ؛ ހެކިތަކާމެދު ނިންމި ގޮތާއި، ހެކި ވަޒަންކުރި ގޮތާއި، ހެކިތަކަށް ބުރަދަން ދިން ގޮތް ސާފުކޮށް ބަޔާންކުރުން މީގެ ތެރޭގައި ހިމެނެއެވެ.
HN2 އެކަށީގެންވާ މިންވަރަށް ސަބަބު ބަޔާންނުކުރުމުން އިސްތިއުނާފުކުރާ ފަރާތަށް ތަޢުނުކުރާ ނުކުތާތައް ފާހަގަ ނުކުރެވި، އިސްތިއުނާފުކުރުމުގެ ޙައްޤަށް އުނިކަން ލިބެއެވެ.
HN3 މައްސަލައެއްގައި ހުށަހެޅިފައިވާ މުހިންމު ދިފާޢަކާމެދު ގޮތެއް ކަނޑައަޅާފައި ނުވާނަމަ އަދި އޭގެ ސަބަބު ބަޔާންކޮށްފައި ނުވާނަމަ، ދަށުކޯޓުން ކަންހިނގާފައިވާ ގޮތް ފުރިހަމައަށް އަދި ޞައްޙަކޮށް ކަށަވަރުކޮށްދީފައި ނުވާ ކަމެއްގެ ގޮތުގައި ބެލެވި، އިސްތިއުނާފީ ކޯޓުން މައްސަލަ އަލުން ބެލުމަށް ދަށުކޯޓަށް ތަޙުވީލުކުރަންޖެހޭނެއެވެ.
HN4 ދަށުކޯޓުގެ ފަނޑިޔާރު ހެކިތަކަށް ރަނގަޅަށް ބަލާފައިވިޔަސް، ހެކިތަކާމެދު ނިންމި ގޮތް ނިންމުމުގައި ބަޔާންކޮށްފައި ނެތްނަމަ، އެ ނިންމުމަކީ ރަނގަޅު ނުވަތަ ގޯސް ނިންމުމެއްކަން ބުނެވެން ނޯންނާނެއެވެ؛ އެހެންކަމުން ހެކިތަކާމެދު އަލުން ގޮތެއް ނިންމައި، ބަލައިގަންނަނަމަ ޝަފަހީ ހެކިން ހާޒިރުކޮށް ހެކިބަސް ނަގައި، ހެކިން ވާސިލުވާ ނަތީޖާ ބަޔާންކޮށް އަލުން ގޮތެއް ކަނޑައަޅަންޖެހޭނެއެވެ.
HN5 މައްސަލަ ހެކިތަކާމެދު އަލުން ގޮތެއް ނިންމުމަށް ތަޙުވީލުކުރާ ޙާލަތުގައި، ހެކިތަކާ ބެހޭ އެހެން އިސްތިއުނާފީ ނުކުތާތަކާމެދު އިސްތިއުނާފީ ކޯޓުން ގޮތެއް ކަނޑައެޅުމަކީ ދަށުކޯޓުގެ ޝަރީޢަތަށް ގޮންޖެހުން ކުރިމަތިވެދާނެ ކަމަކަށް ވާތީ، އެ ނުކުތާތަކާމެދު ގޮތެއް ނުނިންމެއެވެ.
ވަކީލުންނާއި ފަނޑިޔާރުން
- ވަކީލުން
- —
- ބެންޗު
- މުޙައްމަދު ޝަނީޒް ޢަބްދުﷲ، އިސްމާޢީލް ޝަފީޢު، ޢަބްދުއްރައޫފު އިބްރާހީމް
- ރިޔާސަތު
- —
- ރައުޔު ލިޔުނު ފަނޑިޔާރު
- މުޙައްމަދު ޝަނީޒް ޢަބްދުﷲ · ތާއީދުކުރެއްވީ: އިސްމާޢީލް ޝަފީޢު، ޢަބްދުއްރައޫފު އިބްރާހީމް
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
1މުޙައްމަދު ޢަލީ ދީދީ، […] / މާލެ
2ޢާއިޝަތު ޢަލީދީދީ، […] / މާލެ
3އާމިނަތު ޢަލީ ދީދީ، […] / މާލެ
4އަޙްމަދު ޢަލީ ދީދީ، […] / މާލެ ތަމްސީލުކުރި ފަރާތް މޫސާ ފާރިޝް އަޙްމަދު، މަޒްލާނ އެންޑް މުރާދު ލޯ އެސޯސިއޭޓްސް މަދަނީ- ދައުލަތުގެ އިދާރާއެއް ހިމެނޭ އިދާރީ ޠަބީޢަތުގެ ދަޢުވާ - ހެކީން ހާޒިރު ނުކުރުން- ހެކި ވަޒަންކުރި ގޮތް ބަޔާން ނުކުރުން- ހެކިތައް ރިޕޯޓުގައި ހިމަނާފައިނުވުން
ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲ ގެ ރައުޔު
ތަޢާރުފު
1. 'މއ. އހިރާމުގެ' އެވެ ކިޔާ ބަންޑާރަ ގޯއްޗަކީ، އެންމެ ފުރަތަމަ […] އަލްމަރުޙޫމް ޢަލީ ޙުސައިންދީދީގެ ނަމުގައި ރަޖިސްޓަރީކޮށްފައ އޮތި ގޯއްޗެކެވެ.
2. އެ ގޯއްޗާއި […] ދެމެދު […] ގޯތީގެ ދެކުނުގައި ރާނާފައި ފާރެއް ހުރެއެވެ. އެއެ އިހުރާމުގެ އިންފާރުކަމަށް އިސްތިއުނާފުކުރާ ފަރާތުން ބުނެއެވެ.
3. […] އިންފާރު ތަޅާލުމަށްފަހު، […] ގޯތީގެ އިމުން ބައެއް ހިމަނައިގެން […] ޢިމާރާތް ކުރަމުންދަނީ މާލޭ ސިޓީ ކައުންސިލނު ހަދާދީފައިވާ ސައްޙަ ނޫން ޗާޓެއްގެ މައްޗަށް ބިނާކޮށްގެން ކަމަށް ބަޔާންކޮށް އަލްމަރުޙޫމް ޢަލީ ޙުސައިންދީދީގ ވާރިސުންގެ ތެރެއިން ޑރ. ފާޠިމަތު ޢަލީދީދީގެ ފަރާތުން ސިވިލް ކޯޓުގައި ދަޢުވާކުރިއެވެ.
4. ސިވިލް ކޯޓުގެ ނަންބަރު 2359/Cv-C/2020 ޤަޟިއްޔާ އިން ބަލާފައިވާ އ މައްސަލައިގައި އެދިފައިވަނީ؛ […] ޢިމާރާތްކުރުމުގެ މަސައްކަތް ހުއްޓުވައި ދިނުމަށާއި، […] އެވެކިޔާ ގޯތީގެ ދެކުނު އިންފާރު ހުރަސް ނުވާގޮތަށް އަދި […] ތެރެއަށް ނުވަންނާނޭހެން […] މިންތައް އިސްލާޙުކޮށް ސައްޙަ ޗާޓެއް ހެދުމަށާއި އަދި މާލެ ސިޓީ ކައުންސިލް އިން ހއްދާދީފައިވަ ސައްޙަ ނނަ ޗާޓުގެ މައްޗަށް ބިނާކޮށް ތަޅާލި […] އިންފާރުގެ ބަދަލަށް އަލުން ފާރެއް ރާނައި ދިނުމާއި ނުވަތަ އެފާރ ކުރިނު ހުރިގޮތަށް ރޭނުމަށް ހިނގާނެ ޚަރަދުގެ ބަދަލު ދިނުމާއި އެއަށްފަހު، […] މައްސަލައާއެކު ލިބިފައިވާ ބައެއް ލިޔުންތަކުގައި 'މއ. އަހުރާމުގެ' މިފަދައިން ބަޔާންކޮށްފައި. ޢަލީ ޙުސައިންދީދީ، 21 ފެބްރުވަރީ 1989 ގައި ނިޔާވެފައިވާތީ އެމަރޙު މްގެ ތަރިކަ، ވާރިސުންގެ މެދުގައި ހަމަޖެއްސުމަށް ހުށަހެޅުމުން ފެމިލީ ކޯޓުގެ ނަންބަރު 2002/Fm-C/2018 ޤަޟިއްޔާއިން ބެލި މައްސަލައިގައި 14 ސެޕްޓެންބަރު 2020 ގައި ނިންމި ނިންމުމުގައި މި ގޯތި ޢަލީ ޙުސައިންދީދީގެ ތަރިކައިގައި ހިމެނިގެން، އެ މަރޙު މުގެ ވާރިސުން ކަމަށްވާ […] މުޙައްމަދު ޢަލީދީދީ އާއި […] އަޙްމަދު ޢަލިދީދީއާއި، […] ޑރ. ފާޠިމަތު ޢަލީ ދީދީއާއި، […] އާމިނަތު ޢަލީދީދީ އާއި […] ޢާއިޝަތު ޢަލީދީދީ އާއި އަދި އެ މަރުޙޫމުގެ ހުވަފަތް އަނބި މަރްޔަމް ލަޠީފާ އަށް ހަމަހަމައަށް މިލްކުވެގެންވާ ކަމަށް ކަނޑައަޅާފައި. 07 އޮކްޓޫބަރު 2020 ހުށަހެޅި މައްސަލަ އިންފާރުތައ ހިމެނޭގޮތަށް […] ސައްޙަ ޗާޓެއް ހެދުމަށާއި، އެ އިންފާރަކީ […] އިންފާރެއްކަމަށް ލިޔުމަކުން، […] ވެރިފަރާތަށް ދިނުމަށް މާލޭ ސިޓީ ކައުންސިލްގެ މައްޗަށް އަމުރުކޮށްދިނުމަށެވެ.
5މި އިސްތިއުނާފަކީ، ބުނެވިދިޔަ ސިވިލް ކޯޓުގެ ނަންބަރު 2359/Cv-C/2020 ޤަޟިއްޔާ ނިންމާފައިވަނީ ޝަރުޢީ ނުވަތަ ޤާނޫނީ ހަމަތަކާއި ޚިލާފަށް ކަމަށް ބުނެ މާލެ، […] ޑރ. ފާޠިމަތު ޢަލީދީދީ (މީގެ ފަހުން "އިސްތިއުނާފ ކުރު ފަރާތް" ކަމަށް ބަޔާންކުރާ)ގެ ފަރާތުން އެ ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ.
6މި އިސްތިއުނާފު ރައްދުވާ ފަރާތަކީ މާލެ ސިޓީ ކައުންސިލް (މީގެ ފަހުން " މާލެ ސިޓީ ކައުންސިލް" ނުވަތަ "އިސްތިއުނާފ ރައްދުވު ފަރާތް") އެވެ.
7މި ޤަޟިއްޔާއަށް އިސްތިއުނާފުކުރާ ފަރާތެއްގެ ހައިސިއްޔަތުން، އަލްމަރުހޫމް ޢަލީ ޙުސައިން ދީދީގެ 7 6 5 ވާރިސުންގެ ތެރޭގައި ހިމެނޭ މުޙައްމަދު ޢަލީދީދީ އާއި ޢާއިޝަތު ޢަލީދީދީ އާއި އާމިނަތު ޢަލީދީދީ އަދި އަޙްމަދު ޢަލީދީދީ ތަދައްޚުލުވެފައިވެއެވެ.
ސިވިލް ކޯޓުން މައްސަލަ ނިންމިގޮތް
8ސިވިލް ކޯޓުގެ ނަންބަރު 2359/Cv-C/2020 ޤަޟިއްޔާގައި އެކޯޓުން ނިންމި ނިންމުމުގައި ކަނޑައަޅާފައިވަނީ، ޚުޞޫމާތު އުފެދިފައިވާ އެ އިންފާރަކީ، […] ގޭގެ އިންފާރެއް ކަމަށް ދަޢުވާކުރާ ފަރާތުން ބުނާ ބުނުން ފިޔަވައި، އެފާރަކީ، […] ގޭގެ އިންފާރުކަނ ޝަރީޢަތަށް ސާބިތުކުރެވޭވަރުގެ ކާފީ ހެކި ދަޢުވާކުރާ ފަރާތުން ޝަރީޢަތަށް ހުށަހަޅާފައި ނުވާތީ، ދަޢުވާގައި އެދިފައިވާގޮތަށް މާލޭ ސިޓީ ކައުންސިލްގެ މައްޗަށް އަންގައި އަމުރުކުރާނެ، ޝަރުޢީ އަދި ޤާނޫނީ ހަމައެއް ނެތްކަމަށެވެ.
އިސްތިއުނާފު ކުރުމަށް ހުށަހެޅި ނުކުތާތައް
9ސިވިލް ކޯޓުގެ ނަންބަރު 2359/Cv-C/2020 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އެދި ޑރ. ފާޠިމަތު ޢަލީދީދގީ ފަރާތުން ހުށަހަޅާފައިވަނީ އަންނަނިވި ނުކުތާތަކެވެ.
1.9 އިސްތިއުނާފުކުރާ ފަރާތުން ފާހަގަކޮށްފައިވާ ބައެއް ކަންކަން ޝަރީޢަތުން ތަޠުބީޤުކޮށްފައިވަނީ ނުބައިކޮށްކަމަށާއި؛
2.9 އިސްތިއުނާފުކުރާ ފަރާތުން ދަޢުވާ ސާބިތުކުރުމަށް ހެކީން ހުށަހަޅާފައިވަނިކޮށް، ހެކީން ހާޒިރުނުކޮށް އަދި ހެކީންހާޒިރުކޮށްފައިނުވަނީ ކޮން ސަބަބަކާހުރެކަން ބަޔާންކުރުމަކާ ނުލައި މައްސަލަ ނިންމާ ފައިވާކަމަށާއި؛
3.9 […] އާއި […] ގެ މިން ނެގުމަށް ދިޔަ ސަރވޭޔަރުން މިންތައް ނަގާފައިވަނީ ރަނގަޅަށް ނޫންކަމަށާއި، މާލެ ސިޓީ ކައުންސިލުގެ އިދާރާއިން ސަރވޭ ކޮށްފައިވަނީ ރަނގަޅަށް ނޫންކަން ސާބިތުކުރުމަށް ހުށަހެޅި ވީޑިއޯ ހެކިތަކަށް ރިޢާޔަތްކޮށްފައިނުވާ ކަމަށާއި ؛ އަދި
4.9 […] އިންފާރުގެ ސައްޙަކަން ދެނެގަނެވޭނެ ގޮތް މާލެ ސިޓީ ކައުންސިލުގެ ފަރާތުން ޝަރީޢަތުގައި ބަޔާންކޮށްފައިވާއިރު އެކަމަށް ޝަރީޢަތުން ރިޢާޔަތްކޮށްފައިނުވާ ކަމަށާއި، އަދި މިކަމަކީ ޝަރީޢަތުގެ މަޖިލީހުގައި އިސްތިއުނާފު ކުރާ ފަރާތުން ފާހަގަކޮށް ޤާޒީގެ ސަމާލުކަމަށް ގެނެސްފައިވާ ނުކުތާއެއް ނަމަވެސް ޚުލާޞާ އަޑުއެހުމުގައި ދެއްކި އެއްވެސް ވާހަކއެއަ މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުގައި ހިމަނާފައެއް ނުވާކަމަށެވެ.
އިސްތިއުނާފު ކުރާ ފަރާތުން ދެއްކި ވާހަކަ
10އިސްތިއުނާފީ ނުކުތާތަކާ ގުޅޭގޮތުން ދެއްކި ވާހަކަތަކުގައި އިސްތިއުނާފު ކުރާ ފަރާތުން ޖުމުލަކޮށް ބުނެފައިވަނީ؛
1.10 ސިވިލް ކޯޓުގެ ނިންމުމުގެ ޝަރީޢަތަށް ފާހަގަކުރެވޭ ކަންކަމުގެ 03 ވަނަ ނަންބަރުގައި، […] ގޭގެ ދެކުނު ފަރާތުގައި ރާނާފައިހުރި ދުވަސްވީ ފާރަކީ އހުރާމި ގޭގެ އަސްލު އިންފާރުކަމަށް ބަލައިގެން ދެންހުރި އެހެން ގޭގޭގެ އިން ފާރު އެއިގެ މައްޗަށް ބިނާވާން ޖެހޭނެ ކަމަށް ބަލައި ހުށަހަޅާފައި ވާ ދަޢުވާއެއް ކަމުގައި ބަޔާންކޮށްފައިވަނީ ރަނގަޅަށް ނޫންކަމަށާއި، އެފަރާތުން ސިވިލް ކޯޓަށް ހުށަހެޅި ދަޢުވާއަކީ […] ގޭގެ އިންފާރަކީ އހުރާމި ގޭގެ އިމުގެ ތެރޭގައި ހުރި ފާރެއް ކަމަށާއި، އެ އިންފާރު ތަޅާލުމަށްފަހު އެއިންފާރު ހުރިތަން ހިމެނޭގޮތަށް […] ޢމާރާތެއި ހެދުމަށް މަސައްކަތްކުރަމުން ދާތީ ހުށަހެޅި ދަޢުވާއެއް ކަމަށެވެ. އެ ގޮތުން […] ގެއާއި […] ގެއަށް ސިޓީ ކައުންސިލގު އިދާރާއިން ހަދާދީފައިވާ ޗާޓތަކުގައ މައްސަލި އުޅޭކަނު ފާހަގަކޮށް އެ ޗާޓުތައް (މި ގެއާ ގުޅޭ ހަތަރު ޗާޓެއް ސިޓީ ކައުންސިލުގައި އޮތްކަމުގެ މަޢުލޫމާތު ލިބިފައިވާ ކަމަށާއި އެތަނުން އެއް ޗާޓަކީ ތާރީޚެއް ނެތް މުސްކުޅި ޗާޓެއް ކަމަށާއި) ސައްޙަ ޗާޓުތަކުގެ ގޮތުގައި ނުބެލެވޭނެކަން ބަޔާންކޮށް އެކަން ސިވިލް ކޯޓަށް އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިވާނެ ކަމަށެވެ.
2.10 އަދި އިމުގެ މައްސަލަ ޖެހިގެން ސާރވޭ ކުރުމަށް އައި ފަރާތްތަކުން ސާރވޭ ކޮށްގެން ނެގި މިންތަކާއި ސާރވޭ ކުރުމަށްފަހު ސިޓީ ކައުންސިލުން ނެރުނު ސާރވޭ ރިޕޯޓުގައި ހުރި މިންތަކާވެސް ދިމާނުވާކަން ފާހަގަކޮށް އެކަމުގެ ހެކި ވެސް އެފަރާތުން ސިވިލް ކޯޓަށް ހުށަހަޅާފައި ވާނެ ކަމަށާއި އެހެންނަމަވެސް މި ހެކީން ވެސް ހޒާ ރުނުކުރި ކަމަށާއި އަދި ހެކީގެ ގޮތުގައި ހުށަހެޅި ލިޔުންތަކަށް ވެސް މައްސަލަ ނިންމުމުގައި ރިޢާޔަތްކޮށްފައި ނުވާ ކަމަށާއި ހެކިން ހާޒިރުކޮށްފައިނުވަނީ ކޮންސަބަބާކާ ހުރެކަނ ވެސް ބަޔާންކޮށްފައިވް ނުވާކަމަށާއި ސަބަބު ބަޔާންކޮށްފައި ނެތުމުން ހެކީން ހާޒިރުނުކުރަން ނިންމި ނިންމުން ބިނާވަނީ އެކަށީގެންވާ ސަބަބެއްގެ މައްޗަށްތޯ ނުވަތަ ނޫންކަން ސާފުވާން ނެތްކަމަށެވެ.
3.10 އަދި އިހުރާމުގެއާއި އަންބަރާގެ މިންނެގުމަށް ދިޔަ ސާރަވޭޔަރުނ މިން ނަގާފައިވަނީ ރަނގަޅަށް ނޫން ކަމަށާއި ސަރވޭކޮށްފައިވަނީ ރަނގަޅަށް ނޫންކަން ސބިތުކުރުމަށ ހުށަހެޅް ވީޑިއޯ ހެކިތަކަށްވެސާ ސިވިލް ކޯޓުން މައްސަލަ ނިންމުމުގައި ރިޢާޔަތްކޮށްފައިނުވާކަމަށެވެ. މައްސަލަ ނިންމުމުގައި ޝަރީޢަތުން ޤަބޫލުކޮށްފައިވަނީ ގޯތި ތަކުގެ އިންތަކ ގުޅާ ގޮތުން ގޮތް ނިންމުމުގެ ބާރު ލިބޭ ފަރާތަކީ މާލެ ސިޓީ ކައުންސިލް އިދާރާ ކަމުގައި ކަމަށާއި، އެފަރާތުން ފޯރުކޮށްދޭ ލިޔުންތައް ސައްޙަކަމަށް ބަލަންޖެހޭ ކަމުގައި ކަމަށާއި، އެހެންނަމަވެސް ދައުލަތުގެ އިދާރާއަކުން ތައްޔާރުކުރާ ލިޔެކިޔުންތަކުގެ ސައްޙަކަމާމެދު ސުވާލު އުފެދޭ ޙާލަތުގައި ސައްޙަކަން އިތުރަށް ބަލަންޖެހޭނެ ކަމަށާއި، މި މައްސަލައިގައި އިންތައް ޗެކްކުރުމައި ސަރވޭޔަރުން ހަދާފައިވާ ބޮޑެތި ގޯސްތައް ހުރި ކަމަށާއި ޝަރީޢަތަށް ހުށަހަޅާފައިވާ ސަރވޭ ރިޕޯޓުގައި ހުރި ސަރވޭކުރުމުގައި ހުރިކަންކަން ސާބިތުކުރުމަށް އިސްތިއުނާފު ކުރާ ފަރާތުން ވީޑިއޯ ހެކި ހުށަހެޅި ނަމަވެސް އެ ހެކިތަކަށް ސިވިލް ކޯޓުން ރިޢާޔަތްކޮށްފައި ނުވާކަމަށެވެ. އަދި ސިވިލް ކޯޓަށް ހުށަހެޅި ހެކިތައް މައްސަލަ ނިމުނު ގޮތުގެ ރިޕޯޓާ އެކުވެސް ހިމަނާފައި ނުވާކަމަށެވެ.
4.10މި މައްސަލައިގައި 24 މެއި 2021 ގައި ސިވިލްކޯޓުން ބޭއްވި މައްސަލައިގެ ޚުލާޞާ އަޑުއެހުމުގައި އހިރާމު ގޭގެ އިންފާރުގެ މައްސަލަ ޙައްލުވެގެން ދާނެގޮތް ސިޓީ ކައުންސިލުން ހުށަހެޅި ޚުލާޞާ ބަޔާނުގެ 09 ވަނަ ނުކުތާގައި ބަޔާންކޮށްފައިވާ ކަމަށާއި މިކަމަކީ އިސްތިއުނާފުކުރާ ފަރާތުންވެސް ޝަރީޢަތުގެ ސަމާލުކަމަށް ގެނެސްފައިވާ ނުކުތާއެއް ނަމަވެސް އެކަންކަމަށް ޝަރީޢަތުން ރިޢޔަތްކޮށްފައާ ނުވާކަމަށާއި އެކަނި މައްސަލް ނިމުނުގޮތުގެ ރިޕޯޓުގައި ހިމަނާފައިވެސް ނުވާކަމަށެވެ.
އިސްތިއުނާފު ކުރާ ފަރާތުން އެދޭގޮތް
11އިސްތިއުނާފު ކުރާ ފަރާތުން އެދެނީ ސިވިލް ކޯޓުގެ ނަންބަރު 2359/Cv-C/2020 ޤަޟިއްޔާގެ ޙުކުމް ބާޠިލކު ރުމާއެކު، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 46 ވަނަ މާއްދާގެ ދަށުން މި މައްސަލައިގެ ހެކި އަލުން ވަޒަން ކުރުމަށްޓަކައި މައްސަލަ ސވިލ ކޯޓަށް ތިޙވީލު ކޮށު ދިނުމަށެވެ.
އިސްތިއުނާފު ރައްދުވާ ފަރާތުން ދެއްކި ވާހަކަ
12އިސްތިއުނާފީ ނުކުތާތަކުގެ ރައްދުގައި އިސްތިއުނާފު ރައްދުވާ ފަރާތުން ދެއްކި ވާހަކަ ތަކުގައި ޖުމލަކޮށު ބުނެފައިވަނީ؛
1.12އިސް ތިއުނާފީ ފުރަތަމަ ނުކުތާގައި ދަށުކޯޓުގެ ފަނޑިޔާރުން މައްސަލަ ބެލުމުގައި ޚިލާފުވި ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލެއް ފާހަގަކޮށްފައި ނުވާކަމަށެވެ. އެނުކުތާގެ ތަފުސީލުގައި ފާހަގަކޮށްފައިވާ ފަނޑިޔާރަށް ފހަގާ ކުރެވަ 3 ވަނަ ކަމެއްގެ ގޮތުގައި ފާހަގަކޮށްފައިވާ ނުކުތާގައި އޮތީ ދަށުކޯޓުގެ ފަނޑިޔާރު އެ މައްސަލައިގައި ދެ ފަރާތުން ދައްކާފައި ހުރި ވާހަކަތަކަށް ރިޢާޔަތްކޮށް ފަނޑިޔާރު ނިންމާފައވި ނިންމުމެއްކަމަށް ވެ.
2.12މައްސަލަ ނިންމާފައިވަނީ ހުށަހެޅި ހެކިތަކަށް ރިއާޔަތްކޮށް ކަމަށާއި އެގޮތުން މި މައްސަލައިގައި ސިވިލް ކޯޓުގެ ނަންބަރު 2359/Cv-C/2020 ޤަޟިއްޔާގެ ރިޕޯޓުގެ (ބ) ގައި ފަނޑިޔާރުންނަށް ފާހަގަކުރެވުނު ނުކުތާގެ ފަސްވަނަ ކަމެއްގެ ގޮތުގައި ދަޢުވާކުރާ ފަރާތުން ހުށަހަޅާފައިވާ ހެކީގެ ލިޔުންތަކަށާ އެހެނިހެން ކަންކަމުގެ މައްޗަށް ބަލާއިރު، ޚުޞޫމާތު އުފެދިފައިވާ އިންފާރު ހުރީ […] އިމުގެ ތެރޭގައި ނޫންކަމަށާއި، އެ އިންފާރަކީ […] އިންފާރެއް ކަމަށް ދަޢުވާކުރާ ފަރާތުން ބުނާބުނުން ފިޔަވައި އެ ފާރަކީ […] އިންފާރުކަން ޝަރީޢަތަށް މި މައްސަލައާ ގުޅިގެން 24 ފެބްރުވަރީ 2024 ގައި ބޭއްވި އަޑުއެހުމުގައި އިސްތިއުނާފު ފޯމުގައި ބަޔާންކޮށްފައިވާ އެދޭ ގޮތް އިސްލާޙުކޮށް އެދުނުގޮތް ސާބިތުކުރެވޭ ވަރުގެ ކާފީހެކ ދަޢުވާކުރި ފަރާތުން ހުށަހަޅާފައި ނުވާކަމަށް ބަޔާންކުރާ ކަމަށާއި އެހެންކަމުން ދަޢުވާކުރާ ފަރާތުން ހުށަހަޅާފައި ހުރި ލިޔެކިޔުންތަކަށް ރިޢާޔަތްކޮށް ފައިވާ ކަމަށެވެ.
3.12 […] އާއި […] މިން ނެގުމަށް ދިޔަ ސަރވޭޔަރުން މިންތައް ނަގާފައިވަނީ ރަނގަޅަށް ނޫންކަމަށާ ސިޓީ ކައުންސިލް އިދާރާއިން ސަރވޭ ކޮށްފައިވަނީ ރަނގަޅަށް ނޫންކަން ސާބިތުކުރުމަށް ހުށަހެޅި ވީޑިއޯ ހެކިތަކަށް ރިޢާޔަތްކޮށްފައި ނުވާކަމަށް ބުނެ ފާހަގަ ކުރަ ނުކުތާއާ ގުޅިގެން ބަލާއިރު، މި މައްސަލައިގައި އޮތީ މާލެ ސިޓީ ކައުންސިލުން ސއަ ޙް ނޫން ޗާޓެއް ހަދާފައިވޭތޯ ބެލުނު ކަމަށާއި އެ ޗާޓުގެ އިމުގެ މައްސަލަ އަންނަނީ އޭގެ ފަހުން ކަމަށާއި، މި ދަޢުވާގައި ބަޔާންކޮށްފައިވާފަދަ ސައްޙަ ނޫން ޗާޓެއް މާލެ ސިޓީ ކައުންސިލުން ހަދާފައިވާކަން ސާބިތުކޮށް ދެވިފައި ނުވާކަމަށާއި، […] އިމުން އެންމެ އަކަފޫޓެއ ވެސް މަދުވާކަމަށް އިސްތިއުނާފުކުރާ ފަރާތަށް ސާބިތުކޮށްދެވިފައެއް ނެތްކަމަށެވެ. އިސްތިއުނާފު ކުރާ ފަރާތުން ހުށަހެޅި ވީޑިއޯތަކަކީ މައްސަލައިގައި ސާބިތުވެފައިވާ އިސްވެ ބަޔާންކުރެވުނު ކަންތައްތައް ނަފީ ކުރެވިގެންދާފަދަ ނުވަތަ ނަފީ ކުރެވިދާނެފަދަ ހެއްކެއް ކަމަކަށް ނުދެކމަށެވެ.
އިސްތިއުނާފު ރައްދުވާ ފަރާތުން އެދޭގޮތް
13އިސްތިއުނާފު ރައްދުވާ ފަރާތުން އެދެނީ، ސިވިލް ކޯޓުގެ ނަންބަރު 2359/Cv-C/2020 ޤަޟިއްޔާގެ ޙުކުމަށް ބަދަލުގެންނަންޖެހޭ ތަނެއް ނެތް ކަމަށް ކަނޑައަޅައި ދިނުމަށް ކަމަށެވެ.
ތަދައްޚުލުވި ފަރާތުން ދެއްކި ވާހަކަ
14ތަދައްޚުލުވި ފަރާތްތަކުން ދެއްކި ވާހަކަ ތަކުގައި ޖުމްލަކޮށް ބުނެފައިވަނީ އިސްތިއުނާފުކުރާ ފަރާތުން ދެއްކި ވާހަކަތައް އެފަރާތުވެސް ފާހަގަކުރާ ކަމަށާއި އޭގެ އިތުރުން، ސރވ ކުރޭ ފަރާތްކަމަށްވަ ޙުސައިން ޢިމްރާން ޢަބްދުﷲ މުޙައިމިން ހާޒިރުކުރަން އިސްތިއުނާފު ކުރާ ފަރާތުން ސިވިލް ކޯޓުގައި އެދުނުކަމަށާއި ނަމަވެސް އެފަރާތް ހާޒިރުކޮށްފައ ނުވާކަމާއި ސަރވޭ ރިޕޯޓުގައި ވެސް މިންތައް ބަޔާންކޮށްފައި ނުވާކަމާއި، ބަޔާންކޮށްފައިވަނީ މައްސަލައެއް ފެންނަން ނެތްކަމުގައި ކަމަށާއި މިންތައް ސަރވޭ ރިޕޯޓުން އެނގެން އޮންނަންޖެހޭ ކަމަށާއި ސަރވޭކުރ ފަރާތި ހާޒރިކުރިނަމަ މިންތައް ނެގުނީ ކިހިނެތްކަމާއި އެގޭ ހަޤީޤީ ތަފުސީލު ސާފުވާނެކަމަށެވެ. އަދި މައްސަލައާ ގުޅިގެން ހުށަހެޅި ވީޑިއޯ ހެކި، ރިޕޯޓުގައި ހިމާނާފައި ނުވުމުން މައްސަލަ ބެލި ފަނޑިޔާރު ރިޢާޔަތްކުރިކަން އެނގެން ނެތްކަމަށެވެ.
15ތަދައްޚުލުވި ފަރާތްތަކުން އެދެނީ، މި މައްސަލަ ސިވިލް ކޯޓަށް ތަހުވީލކޮށުދިނުމަށް ކަމަށެވެ.
ފާހަގަކުރެވުނު ކަންކަނާ
16މި މައްސަލއަ ގައި އޮތި މައިގަނޑު ބަހުސަކީ، ދަށު ކޯޓަށް ހުށަހެޅި ބައެއް ކިތާބީ ހެކިތަކާއި، ޝަފަހީ ހެކިތަކާމެދު، ދަށު ކޯޓުގެ ފަނޑިޔާރު ވަކި ގޮތެއް ނުނިންމައި، އެ ހެކިތަކަށް ބުރަދަންނުދީ މައްސަލަ ނިންމާފައިވަނީ ރަނގަޅަށްތޯއެވެ.
17މިބަހުސްގައ އިސްތިއުނާފި ކުރު ފަރާތުން ބަޔާންކޮށްފައިވާ ހެކިތަކަކީ ދަށު ކޯޓަށް ހުށަހެޅިފައިވާ ހެކިތަކެއްތޯ ބަލާއިރު، ސިވިލް ކޯޓަށް ހުށަހެޅި ދަޢުވާ ފޯމގު 11 ވަނަ ނަންބަރުގައި، "ހެކިން ހުށަހަޅަން ޖެހިއްޖެނަމަ އެ ފުރުސަތު ދެއްވުންއެދެމެވެ." މިފަދައިން ބަޔާންކޮށްފައިވާ ކަމާއި، އޭގެ ފަހުން 02 މެއި 2021 ގެ ތާރީޚު ޖަހައި ހުށަހަޅާފައިވާ "ހެކިންގެ ލިސްޓް" އިން، ދަޢުވާފޯމާއެކު ހުށަހަޅާފައިވާ ކިތާބީ ހެކީގެ އިތުރުން، އިތުރު ކިތާބީހެއްކާއި ޝަފަހީ ހެކިންގެ ގޮތުގައި، 3 (ތިނެއް) ހެއްކެއް ހުށަހަޅާފައިވާކަމަށް ފެންނާން އޮވެއެވެ. ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގައިވެސް ބަޔާންވެދިޔަ ލިޔުންތައް ހިމެނިފައިވެއެވެ.
18HN4އެހެންނަމަވެސް، ސިވިލް ކޯޓުގެ "ޝަރީޢަތް ނިމުނުގޮތް" އަށް ބަލާއިރު، ދޢަ ވާކުރާ ފަރާތުން ހުށަހަޅާފައިވު ކިތާބީ ހެކިތަކުގެ ވާހަކައެއް އަދި ޝަފަހީ ހެކިންގެ ވާހައެއްވެސް އެ ރިޕޯޓުގެ އެއްވެސް ނުކުތާއެއްގައި ޒިކުރުކޮށްފައިނުވެއެވެ. އެހެންނަމަވެސް، ރިޕޯޓުގެ 3 ވަނަ ނުކުތާގެ (ބ)ގެ ދެވަނަ ޕެރެގްރާފަށް ބަލާއިރު، "ދަޢު ވާކުރާ ފަރާތުން ހުށަހަޅާފައިވާ ހެކީގެ ލިޔުންތަކަށާއި، އެހެނިހެން ކަންކަމުގެ މައްޗަށް ބަލާއިރު، ޚުސޫމާތު އުފެދިފައިވާ އިންފާރު ހުރީ […] އިމުގެ ތެރޭގައި ނޫންކަމާއި، މި އިންފާރަކީ، […] އިންފާރެއްކަމަށް ދައުވާކުރާ ފަރާތުން ބުނާ ބުނުން ފިޔަވައި، އެފާރަކީ، […] އިންފާރުކަނ ޝަރީއަތަށް ސާބިތުކުރުވޭވަރުގެ ކާފީހެކި ދަޢުވާކުރާ ފަރާތުން ހުށަހަޅާފައިނުވާތީ" މިފަދައިނު ބަޔާންކޮށްފައިވުމުން، ދަޢު ވާކުރާ ފަރާތުން ހުށަހަޅާފައިވާ ކޮންމެވެސް ކިތާބީ ހެކިތަކަކަށް ރިޢާޔަތްކޮށްފައިވާކަމާއި، އެހެންނަމަވެސް، އެ ނުކުތާގައި ބަޔާންކޮށްފައިވާ ނަތީޖާއަކީ ކޮން ހެއްކެއް ވަޒަންކުރުމުން ނިކުތް ނަތީޖާއެއްކަމެއް، އަދި މައްސަލައާއެކު ހުށަހަޅާފައިވާ ޝަފަހީ ހެކިތައްވެސް ހުރިއިރު، އެ ޝަފަހީ ހެކިތަކަށް ރިޢާޔަތްކުރިކަމެއ އެނގެން ނެތެވެ. އަދި އެއިން އެއްވެސް ހެއްކެއް ބަލައިނުގަތުމަށް ނިންމާފައިވާކަންވެސ އެނގެން ނެތްއިރު، އެއިން ހެއްކެއް ހާޒިރުކުރިކަންވެސ ނުވަތް ހެކިބަސް ނެގުނުކަންވެސ އެނގެން ނެތެވެ.
19HN1HN2މައްސަލައެއް ނިންމުމުގައި، ސަބަބު ބަޔާންކުރުމަކީ ޝަރީޢަތުގެ ހާމަކަމާއި، ފަނޑިޔާރުން މައްސަލަ އެކަށީގެންވާ މިންވަރަކަށް ބަލާފައިވާކަން ކަށަވަރުކުރުވާނެ މަގެވެ. އަދި މިއީ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ) އިން ކަށަވަރުކޮށްދޭ އިންސާފުވެރި ޝަރީޢަތެއް ލިބުމުގެ ޙައްޤުގެ މައިގަނޑު އެއް އުންސުރު ވެސްމެއެވެ. މައްސަލައެއް ނިންމުމުގައި އެކަށީގެންވާ މިންވަރަށް ސަބަބު ބަޔާންކޮށްފައިނުވާނަމަ، އިސްތިއުނާފު ކުރާ ފަރާތަށް އޭނާ ތަޢުނުކުރަން ބޭނުންވާ ނުކުތާތައް ފާހަގަކުރެވެން ނޯންނާނެތީ، މިއީ އިސްތިއުނާފުކުރުމުގެ ޙައްޤަށްވެސް އުނިކަން ލިބޭނެ ކަމެކެވެ. ހެކިތަކާމެދު ނިންމި ގޮތާއި، ހެކިތައް ވަޒަންކުރި ގޮތާއި، އެ ހެކިތަކަށް ބުރަދަން ދެވުނު ގޮތް ސާފުކޮށް ބަޔާންކުރުމކަ މީގެ ތެރޭގައި ހިމެނޭކަމެކެވެ. މީގެ އިތުރުން، މައްސަލައެއްގައި ހުށަހެޅިފައިވާ މުހިންމު ދިފާޢަކާމެދު ގޮތެއް ކަނޑައަޅާފައިނުވާނަމަ، އަދި އެކަމުގެ ސަބަބު ބަޔާންކޮށްފައިނުވާނަމަ، އެއީ ދަށު ކޯޓުން ކަންހިނގާފައިވާ ގޮތް ފުރިހަމައަށް އަދި ޞައްޙަކޮށް ކަށަވަރުކޮށްދީފައިނުވާ ކަމެއް ކަމުގައިވެސް ބެލެވިދާނެއެވެ.
20މި މައްސަލައަށް ބަލާއިރު، އިސްތިއުނާފު ކުރާ ފަރާތުގެ އިސްތިއުނާފީ ނުކުތާތަކުގެ ތެރެއިން 2 ވަނަ ނުކުތާއާއި، 3 ވަނަ ނުކުތާއާއި އަދި 4 ވަނަ ނުކުތާ ބިނާކޮށްފައިވަނީ، އެ ފަރާތުން ދަށު ކޯޓަށް ހުށަހަޅާފައިވާ ހެކިންނާމެދު ދަށު ކޯޓުން ގޮތެއް ނިންމާފައިނުވުމުގެ މައްޗަށާއި ގޮތް ނިންމުމުގައި، ނިންމުމަށް ވާސިލުވުމުގައި އެ ހެކިތަކަށް ރިއާޔަތްކޮށްފައިނުވުމުގެ ޝަކުވާއެވެ.
21HN3މައްސަލައެއްގައި ހުށަހެޅިފައިވާ މުހިންމު ދިފާޢަކާމެދ ގޮތެއު ކަނޑައަޅާފައިނުވާނަމަ، އަދި އެކަމުގެ ސަބަބު ބަޔާންކޮށްފައިނުވާނަމަ، އެއީ ދަށު ކޯޓުން ކަންހިނގާފައިވާ ގޮތް ފުރިހަމައަށް އަދި ޞައްޙަކޮށް ކަށަވަރުކޮށްދީފައިނުވާ ކަމެއް ކަމުގައި ބެލެވޭނެއެވެ. މިފަދަ ޙާލަތެއްގައި، އިސްތިއުނާފީ ކޯޓުން އެ މައްސަލަ އަލުން ބެލުމަށްޓަކައި ދަށު ކޯޓަށް ތަޙުވީލުކުރަންޖެހޭނެއެވެ.
22މިފަދަ ހާލަތްތަކުގައި، ދަށު ކޯޓުގެ ފަނޑިޔާރު، އެ ހެކިތަކުގެ މައްޗަށް ރަނގަޅަށް ބަލައި، ގޮތް ނިންމާފައިވާ ހާލަތެއްގައިވެސް، އެކަމުގައި ފަނޑިޔާރު ޢަމަލުކުރި ގޮތެއް ނުވަތަ، އެހެކިތަކާމެދު ނިންމިގޮތެއް މައްސަލަ ނިންމިއިރު ބަޔާންކޮށްފައި ނެތްނަމަ، އެއީ ރަނގަޅު ނުވަތަ ގޯސް ނިންމުމެއް ކަމުގައިވެސް މިހާލަތުގައި ބުނެވެން ނޯންނާނެއެވެ. އެހެންކަމުން، ހެކިތަކާމެދު އަލުން ގޮތެއް ނިންމައި، ހެކި ބަލައިގަތުމަށް ނިންމާނަމަ، ޝަފަހީ ހެކިން ހާޒިރުކޮށް، ހެކިބަސްނެގުމަށްފަހު، ހެކިން ހެކިބަހުން ވާސިލުވެވޭ ނަތީޖާ ބަޔާންކޮށް އަލުން މައްސަލައާމެދު ގޮތެއް ކަނޑައަޅަންޖެހޭކަމުގައި ދެކެމެވެ.
23HN5މި ނުކުތާއާމެދު މިފަދައިން ގޮތް ކަނޑައެޅިގެންދިއުމުން، މި މައްސަލައިގައި ހުށަހެޅިފައިވާ އެހެން އިސްތިއުނާފީ ނުކުތާތައް (އިސްތިއުނާފީ ނުކުތާ 1: އިސްތިއުނާފު ކުރާ ފަރާތުން ފާހަގަކުރި ބައެއް ކަންކަން ތަތުބީޤުކޮށްފައިވަނީ ނުބައިކޮށްކަމަށ ބަޔާންކޮށްފައިވް ނުކުތާއާއި، އިސްތިއުނާފީ ނުކުތާ 4: މައްސަލައިގެ ދައުވާލިބޭ ފަރާތުން، […] އިންފާރުގެ ސައްޙަކަން ދެނެގަނެވޭނެ ގޮތާގުޅޭގޮތުނ ދަށް ކޯޓުގައި ދައްކާފައިވާ ވާހަކަތަކަށް ރިޢާޔަތްކޮށްފައިނުވާކަމަށް ބަޔާންކޮށްފައިވާ ނުކުތާ) އާމެދު މިހިނދަށް ގޮތެއް ނިންމަންޖެހޭތަނެއް އޮތްކަމުގައި ނުފެނެއެވެ. އެހެނީ، މި މައްސަލައާމެދު ދަށު ކޯޓުން އަލުން ގޮތެއް ކަނޑައަޅާނަމަ، އަލުން ހެކިތަކާމެދު ގޮތްނިންމައި، މައްސަލައިގައި ޙުކުމަކަށް ވާސިލުވުމުގައި، މައްސަލައިގެ ޚަސްމުންނާއި ހެކިވެރިން ދަށުކޯޓުގައި އެހިނދަކު ދައްކާ ވާހަކަތަކަށް ރިޢާޔަތްކުރަންޖެހޭހިނދު، ކުރިން ހެކިތަކަށް ރިޢާޔަތްކޮށްފައިނުވާކަމަށް ބުރަވެވުނު ހާލަތުގައި ހުރި ވާހަކަތަކުން ވަކި ނަތީޖާއެއް ނެރެ މިކޯޓުން އެކަމުގައި ގޮތް ކަނޑައެޅުމަކީ، ދަށު ކޯޓުގައި މި މައްސަލައިގެ ޝަރީޢަތް ކުރިއަށް ދިއުމުގައި ގޮންޖެހުންތަކެއް ކުރިމަތިވެދާނެ ކަމެއްކަމުގައި ވެދާނެތީއެވެ.
ނިންމަން ފެންނަގޮތް
24ބަޔާންވެދިޔަ ކަންކަމަށް ރ ޢޔަތްކޮށް، މި މައްސަލައަކީ، ދަޢުވާކުރާ ފަރާތުން ދަށު ކޯޓަށް ހުށަހަޅާފައިވާ ހެކިތަކާމެދު ނިންމާފައިވާގޮތެއް، އަދި އެ ހެކިތަކަށް ފުރިހަމައަށް ރޢިޔަތްކުރިކަނ އެނގެން އޮތް މައްސަލައެއް ނޫންކަމުން، ދަޢުވާ ސާބިތުކުރުމަށް ހުށަހަޅާފައިވާ ހެކިތަކާމެދު އަލުން ގޮތެއް ނިންމައި، ހެކި ބަލައިގަތުމަށް ނިންމާނަމަ، ޝަފަހީ ހެކިން ހާޒިރުކޮށް، ހެކިބަސް ނެގުމަށްފަހު، ހެކިންގެ ހެކިބަހުންނާއި ކިތާބީ ހެކިތަކުން ވާސިލުވެވޭ ނަތީޖާ ބަޔާންކޮށް އަލުން މައްސަލައާމެދު ގޮތެއް ކަނޑައެޅުމަށް މި މައްސަލަ ސިވިލް ކޯޓަށް ތަޙު ވީލުކޮށ ނިންމަން ފެނެއެވެ.
ފަނޑިޔާރު އިސްމާޢީލް ޝަފީޢުގެ ރައުޔު
25މި މައްސަލައިގައި، ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲ ގެ ރއުޔަށަ އަހުރެން ތާއީދުކުރަމެވެ.
ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމުގެ ރައުޔު
26މި މައްސަލައިގައި، ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲ ގެ ރއުޔަށަ އަހުރެން ތާއީދުކުރަމެވެ.
އިސްތިއުނާފުކުރުމުގެ އިޖުރާއަތު ބަޔާންކޮށްދިނުން
27ޙުކުމް ކުރެވޭ ތާރީ ޚން ފެށިގެނު 30 (ތިރީސް) ދުވަހުގެ ތެރޭގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ހުށަހެޅިދާނެއެވެ. . ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ހ) I a it 6,s1. .unocq8rg@oJur l?,,r.tu..no8,gnocq8rq../r.4d,l,r ^sf {;= ?{'ir|: :lJ?, i:t/ i-[{, ,{' ?{i/rl,;x, 6z0sztt, ft;: tttgttt Gr=r) a{.r= /aatr aP I ta/r./r e < o .c< ya€ o a f,. c.,.t olr.. .l tfi oa ccc c ./,sl ..ao2rntt inJrruo .zCo cco-o.n.n-?. z? r. /a *.. ,aa arlr (t\ /.r.-t a ct a2t {rllr-., lsztr?r sraZrr I a/ ..o.r? \ ) .c o ao a a o o.o aa a-O ? .207?? . lo a / -./ -tt/ oc. 7 tr{r i-rr!r{?ii' it{ t{z{ Ttoztzz (rrfri: a?/:r td) i sy ,, {aq{{a,?CaOaC :7<:, O" .7-14,u1? aCO/z 7qS?z ?47*- lCO aacJtss C?n n3? -nu,s? /z aaaO*O tzltaCO .n4a..a{aO aaaarC aaaa ?titac{ ..2rc cls.c o xrorg }*et,o. ,4) ari2qq=... .c.o J4-e,o) )7- >. .7u .irr-, .i-- -rf7 ? o a' Ziio ? . o 7q.Jr.,tri 4{{ia o.2. -o. .. ccor:< ..:i1<q1. c..o z4u1q.ri, lrr zz) ' zc) ,r;{.ts<--a-ic27c .Jis-; .tes <..../ztzrr.ic .. A>; {rt; 7r{{?, -2?rr rt{r* a{{{, Jrt g?; t{?{ ozoztJ-^J/6stz ,AC: acc ,rw SA/Y"311ILT,AZ
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ)
ޝަރީޢަތުގެ ވީޑިއޯ
ހައިކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.