ވިލާ ޝިޕިންގ އެންޑް ޓްރޭޑިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް، ގަޒީރާ ޕްރައިވެޓް ލިމިޓެޑް، މާނެންފުށި ޕްރައިވެޓް ލިމިޓެޑް، ވިލާ ހޮޓެލްސް އެންޑް ރިޒޯޓްސް ޕްރައިވެޓް ލިމިޓެޑް އަދި ވިލާ ހޮލިޑޭސް ޕްރައިވެޓް ލިމިޓެޑް ވ. ދިވެހި ދައުލަތް (މިނިސްޓްރީ އޮފް ޓޫރިޒަމް)
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- 2016/HC-A/153، 2016/HC-A/196، 2016/HC-A/60، 2016/HC-A/100، 2016/HC-A/154، 381/Cv-C/2015، 375/Cv-C/2015، 376/Cv-C/2015، 387/Cv-C/2015، 391/Cv-C/2015
- ފަހުގެ ތާރީޚު
- —
ކޯ ޓާމްސް
ޚުލާޞާ
- ކޯޓަށް އައި ގޮތް
- ވިލާ ގްރޫޕާ ގުޅުންހުރި ފަސް ކުންފުންޏެއްގެ ލީޒް އެގްރިމެންޓުތައް އުވާލިކަމަށް 2015 ފެބުރުވަރީގައި މިނިސްޓްރީ އޮފް ޓޫރިޒަމުން ދިން އެންގުންތައް ބާޠިލުކޮށްދިނުމަށް ކުންފުނިތަކުން ސިވިލް ކޯޓުގައި ދަޢުވާކުރިއެވެ. ސިވިލް ކޯޓުގެ 381، 375، 376، 387 އަދި 391/Cv-C/2015 ޤަޟިއްޔާތަކުން އެ އެންގުންތަކަކީ އެގްރިމެންޓުތަކާ ޚިލާފު ބާޠިލު އެންގުންތަކެއް ކަމަށް ޙުކުމްކުރިއެވެ. ދައުލަތުން އިސްތިއުނާފުކުރުމުން، ހައިކޯޓުގެ 2016/HC-A/153، 196، 60، 100 އަދި 154 ޤަޟިއްޔާތަކުން ސިވިލް ކޯޓުގެ ޙުކުމްތައް ބާޠިލުކުރުމުން، ކުންފުނިތަކުން ސުޕްރީމް ކޯޓުގައި އިލްތިމާސްކުރިއެވެ.
- ވާޤިޢާ
- 12 ޑިސެމްބަރު 2013 ގައި، ތ. އެލާ، ގދ. ގަޒީރާ، ރ. މާނެންފުށި، ކ. ބޮލިދުއްފަރު ފަރާއި ކ. ވާވެއްދި ފަޅު، އަދި ކ. މާދިއްގަރުފަޅު ކުއްޔަށް ދިނުމަށް ކުންފުނިތަކާއެކު މިނިސްޓްރީ އޮފް ޓޫރިޒަމުން އެމެންޑެޑް އެންޑް ރީސްޓޭޓެޑް ލީޒް އެގްރިމެންޓުތައް ސޮއިކުރިއެވެ. އެ ދުވަހު ސެޓްލްމަންޓް އެގްރީމަންޓްތަކެއްވެސް ސޮއިކުރިއެވެ. ޢަލީ އިބްރާހީމްއާ ގުޅުންހުރި ކުންފުންޏެއް ކަމަށް ދައުލަތުން ބުނާ ވާރލްޑް ލިންކް ޓްރެވަލްސް ޕްރައިވެޓް ލިމިޓެޑުން ދައުލަތުގެ މައްޗަށް ދަޢުވާއެއް ކުރުމުން، ސެޓްލްމަންޓް އެގްރީމަންޓްތައް އުވާލި އުވާލުމަށް ބިނާކޮށް، ދައުލަތުން ލީޒް އެގްރިމެންޓުތައްވެސް އުވާލިކަން 2015 ފެބުރުވަރީގައި ކުންފުނިތަކަށް އެންގިއެވެ.
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ސެޓްލްމަންޓް އެގްރީމަންޓްތައް އުވާލި ސަބަބަށް ބިނާކޮށް، އެމެންޑެޑް އެންޑް ރީސްޓޭޓެޑް ލީޒް އެގްރިމެންޓުތަކުގައި ބަޔާންކޮށްފައިވާ ޙާލަތްތަކާއި އިޖުރާއަތުތަކަށް ނުބަލައި ދައުލަތުން އެ ލީޒް އެގްރިމެންޓުތައް އުވާލުމަކީ ޞައްޙަ ޢަމަލެއްތޯ.
- ޚަޞްމުންގެ ހުށަހެޅުންތައް
- ކުންފުނިތަކުން ބުނީ، ދައުލަތާ ދެކޮޅަށް ދަޢުވާ ނުކުރުމަށް އެއްބަސްވިކަމަށް ހައިކޯޓުން ކަނޑައެޅީ އެއްބަސްވުމާއި ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 20 ވަނަ މާއްދާގެ (ހ) އާ ޚިލާފަށް ކަމަށާއި، ޕްރިއެމްބަލްގައި އިލްތިޒާމްތައް އުފެދޭ ކަމަށާއި، ލީޒް އެގްރިމެންޓުތަކާއި ސެޓްލްމަންޓް އެގްރީމަންޓް ވަކިނުކުރެވޭ ކަމަށާއި، އެފިލިއޭޓެޑް ފަރާތްތަކުގެ މާނަ ފުޅާކުރުމަކީ ކޮންޓްރެކްޓް މާނަކުރުމުގެ އުޞޫލުތަކާ ޚިލާފު ކަމަށެވެ. ދައުލަތުން ބުނީ، އެގްރިމެންޓުތައް ސޮއިކުރީ ޢަލީ އިބްރާހީމާއި އޭނާއާ ގުޅުންހުރި ފަރާތްތަކުން ދައުލަތާ ދެކޮޅަށް ދަޢުވާ ނުކުރާނެ "ގުޑްވިލް ބޭސިސް" އެއްގެ މައްޗަށް ކަމަށާއި، ވާރލްޑް ލިންކް ޓްރެވަލްސް ދަޢުވާކުރުމުން އެ ޔަޤީންކަން ގެއްލި އެއްބަސްވުންތައް ބާޠިލުވާނެ ކަމަށެވެ.
- ކޯޓުގެ ސަބަބުތައް
- ސުޕްރީމް ކޯޓުން ކަނޑައެޅީ، ޕްރިއެމްބަލް ނުވަތަ ރިސައިޓަލަކީ އެއްބަސްވުމަށް ވާޞިލުވީ ގޮތް އޮޅުންފިލުވައިދޭ ތަޢާރަފެއް ކަމަށާއި، ބައިވެރިންގެ އިލްތިޒާމްތައް ބަލާނީ އޮޕަރޭޓިވް މާއްދާތަކުން ކަމަށެވެ. އަދި ވާރލްޑް ލިންކް ޓްރެވަލްސް އަކީ ސެޓްލްމަންޓް އެގްރީމަންޓުތަކުގައިވާ އެއްވެސް ރަށަކާ ނުވަތަ ފަޅަކާ ގުޅިގެން ދަޢުވާކުރި ފަރާތެއް ނޫނެވެ. ޕެކްޓާ ސަންޓް ސަރވެންޑާގެ މަބްދައުގެ ދަށުން ދެފަރާތުން ޢަމަލުކުރަންޖެހޭނީ ކޮންޓްރެކްޓުގައިވާ ގޮތަށް ކަމަށާއި، އެމެންޑެޑް އެންޑް ރީސްޓޭޓެޑް ލީޒް އެގްރިމެންޓަކީ ދެފަރާތުގެ މެދުގައިވާ ހަމައެކަނި އެގްރިމެންޓް ކަމަށާއި، އެ އެގްރިމެންޓް ސަރުކާރަށް ނިމުމަކަށް ގެނެވޭނީ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 52 ވަނަ މާއްދާގައިވާ ޙާލަތްތަކުގައި 53، 66 އަދި ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 67 ވަނަ މާއްދާތަކުގެ އިޖުރާއަތު ފުރިހަމަކޮށްގެން ކަމަށް ކަނޑައެޅިއެވެ. ދައުލަތުން ދިން ސަބަބަކީ އެއްބަސްވުން ބާޠިލުކުރެވޭނެ ސަބަބެއް ނޫންކަމަށް ކަނޑައަޅައި، ހައިކޯޓުގެ ޙުކުމްތައް ބާޠިލުކޮށް ސިވިލް ކޯޓުގެ ޙުކުމްތަކަށް އިއްތިފާޤުން ތާއީދުކުރިއެވެ.
ނިންމުން
ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައިހައިކޯޓުގެ ޙުކުމްތައް ބާޠިލު؛ ސިވިލް ކޯޓުގެ ޙުކުމްތައް ޤާއިމް (އިއްތިފާޤުން)
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 ... މިނިސްޓްރީ އޮފް ޓޫރިޒަމްގެ މައްޗަށް ދަޢުވާ ރައްދުވާގޮތަށް ސުޕްރީމް ކޯޓަށް ހުށަހެޅި، އިސްވެ ބަޔާންކުރެވުނު މައްސަލަތަކުގެ ދަޢުވާގެ ސީޢާއަށް ބަލާއިރު، މި މައްސަލަތަކުގެ ދަޢުވާ ބިނާކުރެވިފައިވާ މައިގަނޑު ސަބަބުތަކަކީ އެއްބާވަތެއްގެ ސަބަބުތަކެއް ކަމާއި، މި މައްސަލަތަކުގައި ދަޢުވާ ލިބޭފަރާތަކީ އެއްފަރާތެއްކަން އެނގެން އޮންނާތީ މި މައްސަލަތައް އެއްކޮށްގެން ބަލައި ނިންމުމަށް ކަނޑައެޅިފައިވެއެވެ.
HN2 ... އެގްރީމެންޓުތަކުގެ އޮޕަރޭޓިވް މާއްދާތަކުގެ ކުރިއަށް އޮންނަ ދީބާޖާ (Preamble) ނުވަތަ ރިސައިޓަލް (Recital) އަކީ ހަމައެކަނި އެގްރީމަންޓަށް ވާޞިލުވީގޮތް އޮޅުންފިލުވައިދިނުމަށް ބޭނުންކުރެވޭ ތަޢާރަފުގެ މާއްދާތަކެއްކަމާއި އެ އެގްރީމެންޓެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާނަމަ، އެގްރިމެންޓް މާނަކުރުމުގައި، އެގްރިމެންޓުގެ ދަށުން އެގްރިމެންޓުގެ ބައިވެރިންގެ މައްޗަށްވާ އިލްތިޒާމްތަކަކީ ކޮބައިކަން ބަލާނީ އެ އެއްބަސްވުމެއްގެ އޮޕަރޭޓިވް މާއްދާތަކުންކަން، ކޮންޓްރެކްޓް މާނަކުރުމުގެ ހަމަތަކަށް ބެލުމުން އެނގެން އޮވެއެވެ.
HN3 މަދަނީ ނުވަތަ ތިޖާރީ އިލްތިޒާމުތަކުގެ އެންމެ މުހިންމު އެއް މަޞްދަރަކީ ޢަޤުދު ނުވަތަ ކޮންޓްރެކްޓު ކަމާއި، އެ ކޮންޓްރެކްޓެއް ޞައްޙަވުމުގެ ޝަރުޠުތަކާއި އެ ކޮންޓްރެކްޓެއްގެ ރުކުންތައް ފުރިހަމަވެގެން އެކުލަވާލެވޭ ޞައްޙަ ކޮންޓްރެކްޓެއްގެ ދަށުން އަދާކުރަންޖެހޭ އިލްތިޒާމްތައް ރަނގަޅު ނިޔަތުގައި އަދާކުރުމަކީ ޝަރުޢީ ޤާޢިދާއެއް ކަމަށްވާ "قاعدة الوفاء بالعهد" (ޢަހުދަށް ވަފާތެރިވުމުގެ ޤާޢިދާ) އާއި، ތަފާތު ޤާނޫނީ ނިޒާމުތަކުގައި އިސްތިޤުރާރުވެފައިވާ "العقد شريعة المتعاقدين" ނުވަތަ "ޕެކްޓާ ސަންޓް ސަރވެންޑާ" ގެ މަބްދައުގެ ދަށުން ކޮންޓްރެކްޓުގެ ބައިވެރިންގެ މައްޗަށް ޤާނޫނީގޮތުން ލާޒިމްވެގެންވާ ކަމެއްކަމާއި، ކޮންޓްރެކްޓެއް ވެފައިވާނަމަ، ދެފަރާތުންވެސް ޢަމަލުކުރަންޖެހޭނީ އެ ކޮންޓްރެކްޓެއްގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ކަމާއި، ކޮންޓްރެކްޓުގެ ދެބައިވެރިންގެ މެދުގައި ޙަކަމަކަށް ވާނީ އެ ދެބައިވެރިން ވެފައިވާ ކޮންޓްރެކްޓުކަމާއި، ކޮންޓްރެކްޓުގެ އަނެއް ބައިވެރިޔާ އޭނާގެ މައްޗަށް ލާޒިމުވާ ކަމަކަށް ދުލެއްދީފިނަމަ ނުވަތަ އޭނާ ކޮންމެވެސް އެހެން ގޮތަކަށް ޢަމަލުކުރަން އެއްބަސްވެއްޖެނަމަ، ފަހުން ދެފަރާތް އެއްބަސްވި ގޮތަށް ޢަމަލުކުރެވިދާނެކަން ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 20 ވަނަ މާއްދާއަށް ބެލުމުން އެނގެން އޮވެއެވެ.
HN4 ... އެމެންޑެޑް އެންޑް ރީސްޓޭޓެޑް ލީޒް އެގްރިމެންޓުގައި ސޮއިކުރެވުމުން ޢަމަލުކުރަން ޖެހޭނީ އެ އެގްރިމެންޓަށެވެ. ... އެމެންޑަޑް އެންޑް ރީސްޓޭޓެޑް ލީޒް އެގްރިމެންޓް ކުރެވުނު ހިނދުން ފެށިގެން، ... އެންމެހައި ކަންކަން ހިނގާނީ، އެ އެގްރިމެންޓުގައި ބަޔާންކޮށްފައިވާ ގޮތަށްކަމާއި، އޭގެ ކުރިން ކޮށްފައިވާ އެހެން ހުރިހާ އެގްރިމެންޓްތަކުގައި ބަޔާންކޮށްފައިވާ ކަންކަން އައު އެގްރިމެންޓުގެ ދަށަށް ބަދަލުވެ، ކުރިން ވެފައިވާ އެންމެހައި އެއްބަސްވުންތައް ބާޠިލުވެފައިވާ ކަމާއި، ... އެއީ ދެފަރާތުގެ މެދުގައި މިހާރު އޮތް ހަމައެކަނި އެގްރިމެންޓެވެ.
HN5 ... ސަރުކާރުން ބޭނުންވެގެން ލީޒް އެގްރިމެންޓު ނިމުމަކަށް ގެނެވޭނެ ޙާލަތުތައް އެމެންޑެޑް އެންޑް ރީސްޓޭޓެޑް ލީޒް އެގްރިމެންޓުގެ 52 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަމާއި، އެމާއްދާގެ ދަށުން ސަރުކާރަށް ލީޒް އެގްރިމެންޓު ނިމުމަކަށް ގެނެވޭނީ 3 ޙާލަތުން ކުރެ ޙާލަތެއް މެދުވެރިވެއްޖެނަމަ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ އިޖުރާއަތުތައް ފުރިހަމަކުރުމަށް ފަހުގައި ކަމާއި، ... ދަޢުވާކުރާ ފަރާތާއި ދަޢުވާލިބޭ ފަރާތާއި ދެމެދު ވެފައިވާ އެމެންޑެޑް އެންޑް ރީސްޓޭޓެޑް ލީޒް އެގްރިމެންޓްތައް ބާޠިލު ކުރިކަމަށް ... އަންގާފައިވަނީ އެ އެގްރިމެންޓުތަކުގައި ބަޔާންކޮށްފައިވާ އެންމެހައި އުޞޫލުތަކާއި މަދަނީ ޢަޤުދުތަކާ ގުޅިގެން ޢަމަލުކުރާ ޝަރުޢީ އަދި ޤާނޫނީ އެންމެހާ އުޞޫލުތަކާ އެއްގޮތަށް ނޫނެވެ. ... އަންގާފައިވާ ސަބަބަކީ އެ އެގްރީމެންޓުތައް ބާޠިލްކުރެވޭނެ ސަބަބަކަށް ނުވެއެވެ.
ވަކީލުންނާއި ފަނޑިޔާރުން
- ވަކީލުން
- —
- ބެންޗު
- ޢަބްދުﷲ ޢަރީފް (ރިޔާސަތު)، އާދަމް މުޙައްމަދު ޢަބްދުﷲ، ޑރ. އަޙްމަދު ޢަބްދުﷲ ދީދީ
- ރިޔާސަތު
- ޢަބްދުﷲ ޢަރީފް
- ރައުޔު ލިޔުނު ފަނޑިޔާރު
- —
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ކޯޓުން ޕެރެގްރާފް ނަންބަރު ޖަހާފައި ނުވާތީ، [ ] ތެރޭގައިވާ ނަންބަރުތައް ޖަހާފައިވަނީ ސަޢީދު ލެކްސް އިން.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު
މާލެ
ދިވެހިރާއްޖެ
ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާ
ޤަޝިއްޔާ ނަންބަރު: 2018/SC-A/01، 2018/SC-A/02، 2018/SC-A/03، 2018/SC-A/05، 2018/SC-A/04
ދަޢުވާކުރާ ފަރާތް: 1. ވިލާ ޝިޕިންގ އެންޑް ޓްރޭޑިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް
2. ގަޒީރާ ޕްރައިވެޓް ލިމިޓެޑް
3. މާނެންފުށި ޕްރައިވެޓް ލިމިޓެޑް
4. ވިލާ ހޮޓެލްސް އެންޑް ރިޒޯޓްސް ޕްރައިވެޓް ލިމިޓެޑް
5. ވިލާ ހޮލިޑޭސް ޕްރައިވެޓް ލިމިޓެޑް
ދަޢުވާލިބޭ ފަރާތް: ދިވެހި ދައުލަތް (މިނިސްޓްރީ އޮފް ޓޫރިޒަމް)
މައްސަލައިގެ ބާވަތް: އެއްބަސްވުމާމެދު ޚިލާފު އުފެދިގެން
މައްސަލަ އައިގޮތް: އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމުން ހުށަހެޅުނު ތާރީޚް: 1. 23 މާރިޗު 2017 2. 24 މޭ 2017 3. 24 މޭ 2017 4. 17 ޖަނަވަރީ 2017 5. 24 މޭ 2017
ރަޖިސްޓްރީކުރެވުނު ތާރީޚް: 05 ފެބުރުވަރީ 2018
ނިމުނު ތާރީޚް: 18 އެޕްރީލް 2018
މައްސަލަ ނިންމި ގަޑި: 15:35
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް: ފަނޑިޔާރު ޢަބްދުﷲ ޢަރީފް، ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ، ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ
އިސްތިއުނާފުކުރެވުނު ޤަސިއްޔާ
ނަންބަރު: 2016/HC-A/153
ނިންމެވި ކޯޓު: ދިވެހިރާއްޖޭގެ ހައިކޯޓު
ހުށަހެޅުނު ތާރީޚް: 04 އެޕްރީލް 2016
ނިމުނު ތާރީޚް: 21 މާރިޗު 2017
ނަންބަރު: 2016/HC-A/196
ނިންމެވި ކޯޓު: ދިވެހިރާއްޖޭގެ ހައިކޯޓު
ހުށަހެޅުނު ތާރީޚް: 03 މެއި 2016
ނިމުނު ތާރީޚް: 02 މެއި 2017
ނަންބަރު: 2016/HC-A/60
ނިންމެވި ކޯޓު: ދިވެހިރާއްޖޭގެ ހައިކޯޓު
ހުށަހެޅުނު ތާރީޚް: 11 ފެބުރުވަރީ 2016
ނިމުނު ތާރީޚް: 02 މެއި 2017
ނަންބަރު: 2016/HC-A/100
ނިންމެވި ކޯޓު: ދިވެހިރާއްޖޭގެ ހައިކޯޓު
ހުށަހެޅުނު ތާރީޚް: 07 މާރިޗު 2016
ނިމުނު ތާރީޚް: 29 ނޮވެންބަރު 2016
ނަންބަރު: 2016/HC-A/154
ނިންމެވި ކޯޓު: ދިވެހިރާއްޖޭގެ ހައިކޯޓު
ހުށަހެޅުނު ތާރީޚް: 04 އެޕްރީލް 2016
ނިމުނު ތާރީޚް: 02 މެއި 2017
މައްސަލައިގެ ޚުލާޞާ
[1]މިއީ، ތ. އެލާ ކުއްޔަށް ދިނުމަށްޓަކައި މިނިސްޓްރީ އޮފް ޓޫރިޒަމްއާއި ވިލާ ސިޕިން އެންޑް ޓްރޭޑިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާ ދެމެދު 12 ޑިސެމްބަރު 2013 ގައި ކުރެވިފައިވާ އެމެންޑަޑް އެންޑް ރީސްޓޭޓަޑް ލީޒް އެގްރީމަންޓާއި، ގދ. ގަޒީރާ އެވެކިޔާ ރަށް، ކުއްޔަށް ދިނުމަށްޓަކައި ގަޒީރާ ޕްރައިވެޓް ލިމިޓެޑާއި މިނިސްޓްރީ އޮފް ޓޫރިޒަމްއާއެކު 12 ޑިސެމްބަރު 2013 ގައި ކުރެވިފައިވާ އެމެންޑަޑް އެންޑް ރީސްޓޭޓަޑް ލީޒް އެގްރީމަންޓާއި، ރ. މާނެންފުށި ކުއްޔަށް ދިނުމަށްޓަކައި މާނެންފުށި ޕްރައިވެޓް ލިމިޓެޑާއި މިނިސްޓްރީ އޮފް ޓޫރިޒަމްއާއެކު 12 ޑިސެމްބަރު 2013 ގައި ކުރެވިފައިވާ އެމެންޑަޑް އެންޑް ރީސްޓޭޓަޑް ލީޒް އެގްރީމަންޓާއި، ކ. ބޮލިދުއްފަރު ފަރު އަދި ކ. ވާވެއްދި ފަޅު ކުއްޔަށްދިނުމަށްޓަކައި ވިލާ ހޮޓެލްސް އެންޑް ރިޒޯޓްސް ޕްރައިވެޓް ލިމިޓެޑާއި މިނިސްޓްރީ އޮފް ޓޫރިޒަމްއާއެކު 12 ޑިސެމްބަރު 2013 ގައި ކުރެވިފައިވާ އެމެންޑަޑް އެންޑް ރީސްޓޭޓަޑް ލީޒް އެގްރީމަންޓާއި، ކ. މާދިއްގަރުފަޅު ކުއްޔަށް ދިނުމަށްޓަކައި ވިލާ ހޮލިޑޭސް ޕްރައިވެޓް މިނިސްޓްރީ އޮފް ޓޫރިޒަމްއާއެކު 12 ޑިސެންބަރު 2013 ގައި ކުރެވިފައިވާ އެމެންޑަޑް އެންޑް ރީ- ސްޓޭޓަޑް ލީޒް އެގްރީމަންޓު އުވާލެވިފައިވާކަމަށާއި، އެމެންޑެޑް އެންޑް ރީސްޓޭޓަޑް ލީޒް އެގްރީމަންޓުތައް އުވާލެވިފައިވަނީ، ތ. އެލާ ކުއްޔަށް ދިން މުޢާމަލާތަކާ ގުޅިގެން، 12 ޑިސެމްބަރު 2013 ގެ ތާރީޚްގައި ސޮއިކޮށްފައިވާ 'ސެޓްލްމަންޓް އެގްރީމަންޓް' އާއި، ގދ. ގަޒީރާ ކުއްޔަށް ދޫކުރުމުގެ މުޢަމަލާތާ ގުޅިގެން، 12 ޑިސެމްބަރު 2013 ގެ ތާރީޚްގައި ސޮއިކޮށްފައިވާ 'ސެޓްލްމަންޓް އެގްރީމަންޓް' އާއި، ރ. މާނެންފުށި ކުއްޔަށް ދިން މުޢާމަލާތަކާ ގުޅިގެން، 12 ޑިސެމްބަރު 2013 ގެ ތާރީޚްގައި ސޮއިކޮށްފައިވާ 'ސެޓްލްމަންޓް އެގްރީމަންޓް' އާއި، ކ. ބޮލިދުއްފަރު ފަރު އަދި ކ. ވާވެއްދި ފަޅު ކުއްޔަށް ދޫކުރުމުގެ މުޢަމަލާތާ ގުޅިގެން، 12 ޑިސެމްބަރު 2013 ގެ ތާރީޚްގައި ސޮއިކޮށްފައިވާ 'ސެޓްލްމަންޓް އެގްރީމަންޓް' އާއި، ކ. މާދިއްގަރުފަޅާއި ކ. ކަނުހުރާ ކުއްޔަށް ދިން މުޢާމަލާތަކާ ގުޅިގެން، 12 ޑިސެންބަރު 2013 ގެ ތާރީޚްގައި ސޮއިކޮށްފައިވާ 'ސެޓްލްމަންޓް އެގްރީމަންޓް' އުވާލި އުވާލުން އަސާސްއަކަށް ބަލައިގެން ކަމަށް، މިނިސްޓްރީ އޮފް ޓޫރިޒަމްގެ ނަންބަރު 88-LS/PRIV/2015/303,304,305,306,307 (05 ފެބުރުވަރީ 2015) ސިޓީތަކުންނާއި މިނިސްޓްރީ އޮފް ޓޫރިޒަމްގެ ނަންބަރު 88-LS/PRIV/2015/302 (08 ފެބުރުވަރީ 2015) ސިޓީއިން ވިލާ ޝިޕިންގ އެންޑް ޓްރޭޑިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށާއި، ގަޒީރާ ޕްރައިވެޓް ލިމިޓެޑަށާއި، މާނެންފުށި ޕްރައިވެޓް ލިމިޓެޑަށާއި، ވިލާ ހޮޓެލްސް އެންޑް ރިޒޯޓްސް ޕްރައިވެޓް ލިމިޓެޑަށާއި، ވިލާ ހޮލިޑޭސް ޕްރައިވެޓް ލިމިޓެޑްއަށް އަންގާފައިވާ އެންގުންތަކަކީ، އެމެންޑެޑް އެންޑް ރީސްޓޭޓެޑް ލީޒް އެގްރީމަންޓުތަކާ ޚިލާފް ބާޠިލް އެންގުންތަކެއްކަމަށް ކަނޑައަޅައިދިނުމަށް އެދި، ވިލާ ޝިޕީން އެންޑް ޓްރޭޑިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ދަޢުވާކުރުމުން ބެލުނު، ސިވިލް ކޯޓުގެ ނަންބަރު 381/Cv-C/2015 ޤަޝިއްޔާއާއި، ގަޒީރާ ޕްރައިވެޓް ލިމިޓެޑުން ދަޢުވާކުރުމުން ބެލުނު، ސިވިލް ކޯޓުގެ ނަންބަރު 375/Cv-C/2015 ޤަޝިއްޔާއާއި، މާނެންފުށި ޕްރައިވެޓް ލިމިޓެޑުން ދަޢުވާކުރުމުން ބެލުނު، ސިވިލް ކޯޓުގެ ނަންބަރު 376/Cv-C/2015 ޤަޝިއްޔާއާއި، ވިލާ ހޮޓެލްސް އެންޑް ރިޒޯޓްސް ޕްރައިވެޓް ލިމިޓެޑުން ދަޢުވާކުރުމުން ބެލުނު، ސިވިލް ކޯޓުގެ ނަންބަރު 387/Cv-C/2015 ޤަސިއްޔާއާއި، ވިލާ ހޮލިޑޭސް ޕްރައިވެޓް ލިމިޓެޑުން ދަޢުވާކުރުމުން ބެލުނު، ސިވިލް ކޯޓުގެ ނަންބަރު 391/Cv-C/2015 ޤަސިއްޔާ އެ ކޯޓުން ނިންމި ގޮތް ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ އެއްގޮތްނުވާކަމަށް ބުނެ، މިނިސްޓްރީ އޮފް ޓޫރިޒަމް (ދިވެހި ދައުލަތް) ގެ ފަރާތުން އެ ޤަސިއްޔާތައް، ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން، ދިވެހިރާއްޖޭގެ ހައިކޯޓުން ބެލި އެ ކޯޓުގެ ނަންބަރު 2016/HC-A/153 ޤަސިއްޔާއާއި، ނަންބަރު 2016/HC-A/196 ޤަސިއްޔާއާއި، ނަންބަރު 2016/HC-A/60 ޤަސިއްޔާއާއި، ނަންބަރު 2016/HC-A/100 ޤަސިއްޔާއާއި، ނަންބަރު 2016/HC-A/154 ޤަސިއްޔާ ހައިކޯޓުން ނިންމިގޮތް ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ އެއްގޮތްނުވާކަމަށް ދެކިގެން ވިލާ ޝިފިންގ އެންޑް ޓްރޭޑިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްއާއި، ގަޒީރާ ޕްރައިވެޓް ލިމިޓެޑްއާއި، މާނެންފުށި ޕްރައިވެޓް ލިމިޓެޑްއާއި، ވިލާ ހޮޓެލްސް އެންޑް ރިޒޯޓްސް ޕްރައިވެޓް ލިމިޓެޑްއާއި، ވިލާ ހޮލިޑޭސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިލްތިމާސްކުރުމުން ބަލައިދެވުނު މައްސަލައެވެ. މި މައްސަލައިގެ ދަޢުވާލިބޭ ފަރާތަކީ މިނިސްޓްރީ އޮފް ޓޫރިޒަމް (ދިވެހި ދައުލަތް) އެވެ.
ފާހަގަކުރެވުނު ނުކުތާތައް
[2]1- މި މައްސަލައާ ގުޅިގެން ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ޚަޞްމުން ދެއްކި
[3]ވާހަކަތަކަށާއި، ހުށަހެޅިފައިވާ ލިޔުންތަކަށާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/153
[4]ޤަސިއްޔާއާއި، ނަންބަރު 2016/HC-A/196 ޤަސިއްޔާއާއި، ނަންބަރު 2016/HC-A/100
[5]ޤަސިއްޔާއާއި، ނަންބަރު 2016/HC-A/60 ޤަސިއްޔާއާއި، ނަންބަރު 2016/HC-A/154
[6]ޤަޞިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ މައްޗަށާއި މި މައްސަލައާ ގުޅިގެން ހުށަހެޅިފައިވާ އެހެނިހެން ލިޔުންތަކުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބަލައި ވިސްނިއިރު މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
[7](ހ) ފުރަތަމަ ކަމަކީ، ސިވިލް ކޯޓުގެ ނަންބަރު 381/Cv-C/2015 ޤަޟިއްޔާއަކީ 12 ޑިސެމްބަރު 2013 ގައި ތ. އެލާ ކުއްޔަށް ދިނުމަށްޓަކައި މިނިސްޓްރީ އޮފް ޓޫރިޒަމްއާ ވިލާ ޝިޕިންގ އެންޑް ޓްރޭޑިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާ ދެމެދު ކުރެވިފައިވާ އެމެންޑަޑް އެންޑް ރީ-ސްޓޭޓެޑް ލީޒް އެގްރިމެންޓު އުވާލާފައިވާކަމަށާއި، އެމެންޑަޑް އެންޑް ރީ-ސްޓޭޓެޑް ލީޒް އެގްރިމެންޓު އުވާލެވިފައިވަނީ ތ.އެލާ ކުއްޔަށް ދިން މުޢާމަލާތަކާ ގުޅިގެން، 12 ޑިސެމްބަރު 2013 ގެ ތާރީޚުގައި ސޮއިކޮށްފައިވާ "ސެޓްލްމަންޓް އެގްރިމެންޓް" އުވާލި އުވާލުން އަސާސަކަށް ބަލައިގެންކަމަށް މިނިސްޓްރީ އޮފް ޓޫރިޒަމްގެ ނަންބަރު 88-LS/PRIV/2015/303 (05 ފެބްރުއަރީ 2015) ގެ ސިޓީއިން ވިލާ ޝިޕިންގ އެންޑް ޓްރޭޑިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް އަންގާފައިވާ އެންގުމަކީ އެމެންޑަޑް އެންޑް ރީ-ސްޓޭޓެޑް ލީޒް އެގްރިމެންޓާ ޚިލާފު ބާޠިލު އެންގުމެއްކަމަށް ކަނޑައަޅައި އެމެންޑަޑް އެންޑް ރީ- ސްޓޭޓެޑް ލީޒް އެގްރިމެންޓާ އެއްގޮތަށް ޢަމަލު ކުރުމަށް މިނިސްޓްރީ އޮފް ޓޫރިޒަމްއަށް އަންގައި އަމުރު ކޮށްދިނުމަށް އެދި ވިލާ ޝިޕިންގ އެންޑް ޓްރޭޑިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން މިނިސްޓްރީ އޮފް ޓޫރިޒަމްގެ މައްޗަށް ދަޢުވާކޮށް ހުށަހެޅުމުން އެ ކޯޓުން ބެލި މައްސަލައެއްކަމާ، އެ ޤަޟިއްޔާ ނިންމާފައިވަނީ "ދެންފަހެ އިސްވެ ފާހަގަކުރެވުނު ނުކުތާތަކަށާއި، މި މައްސަލައިގައި ހުށަހެޅިފައިވާ ލިޔުންތަކުގެ މައްޗަށް ބެލުމަށްފަހު، 12 ޑިސެމްބަރު 2013 ގައި ތ.އެލާ ކުއްޔަށް ދިނުމަށްޓަކައި މިނިސްޓްރީ އޮފް ޓޫރިޒަމްއާ ވިލާ ޝިޕިންގ އެންޑް ޓްރޭޑިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާ ދެމެދު ކުރެވިފައިވާ އެމެންޑަޑް އެންޑް ރީ-ސްޓޭޓެޑް ލީޒް އެގްރިމެންޓު އުވާލާފައިވާކަމަށާއި، އެމެންޑަޑް އެންޑް ރީ-ސްޓޭޓެޑް ލީޒް އެގްރިމެންޓު އުވާލެވިފައިވަނީ ތ.އެލާ ކުއްޔަށް ދިން މުޢާމަލާތަކާ ގުޅިގެން، 12 ޑިސެމްބަރު 2013 ގެ ތާރީޚުގައި ސޮއިކޮށްފައިވާ "ސެޓްލްމަންޓް އެގްރިމެންޓް" އުވާލި އުވާލުން އަސާސަކަށް ބަލައިގެންކަމަށް މިނިސްޓްރީ އޮފް ޓޫރިޒަމްގެ ނަންބަރު 88-LS/PRIV/2015/303 (05 ފެބްރުއަރީ 2015) ސިޓީއިން ވިލާ ޝިޕިންގ އެންޑް ޓްރޭޑިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް އަންގާފައިވާ އެންގުމަކީ އެމެންޑަޑް އެންޑް ރީސްޓޭޓެޑް ލީޒް އެގްރިމެންޓާ ޚިލާފު ބާޠިލު އެންގުމެއްކަމަށް ކަނޑައަޅައި ޙުކުމްކޮށް....." ކަމާއި، ސިވިލް ކޯޓުގެ ނަންބަރު 375/Cv-C/2015 ޤަޝިއްޔާއަކީ ގދ.ގަޒީރާއެވެ ކިޔާ ރަށް ކުއްޔަށް ދިނުމަށްޓަކައި މިނިސްޓްރީ އޮފް ޓޫރިޒަމްއާއެކު 12 ޑިސެމްބަރު 2013 ގައި ގަޒީރާ ޕްރައިވެޓް ލިމިޓެޑާ ދެމެދު ކުރެވިފައިވާ އެމެންޑަޑް އެންޑް ރީސްޓޭޓެޑް ލީޒް އެގްރިމެންޓު އުވާލާފައިވާކަމަށާއި، އެމެންޑަޑް އެންޑް ރީސްޓޭޓެޑް ލީޒް އެގްރިމެންޓު އުވާލެވިފައިވަނީ ގދ.ގަޒީރާ ކުއްޔަށް ދޫކުރުމުގެ މުޢާމަލާތާ ގުޅިގެން، 12 ޑިސެމްބަރު 2013 ގެ ތާރީޚުގައި ކުރެވިފައިވާ "ސެޓްލްމަންޓް އެގްރިމެންޓް" އުވާލި އުވާލުން އަސާސަކަށް ބަލައިގެންކަމަށް މިނިސްޓްރީ އޮފް ޓޫރިޒަމްގެ ނަންބަރު 88-LS/PRIV/2015/305 (05 ފެބްރުއަރީ 2015) ސިޓީއިން ގަޒީރާ ޕްރައިވެޓް ލިމިޓެޑަށް އަންގާފައިވާ އެންގުމަކީ އެމެންޑަޑް އެންޑް ރީސްޓޭޓެޑް ލީޒް އެގްރިމެންޓާ ޚިލާފު ބާޠިލު އެންގުމެއްކަމަށް ކަނޑައަޅައި އެމެންޑަޑް އެންޑް ރީސްޓޭޓެޑް ލީޒް އެގްރިމެންޓާ އެއްގޮތަށް ޢަމަލު ކުރުމަށް މިނިސްޓްރީ އޮފް ޓޫރިޒަމްއަށް އަންގައި އަމުރު ކޮށްދިނުމަށް އެދި ގަޒީރާ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން މިނިސްޓްރީ އޮފް ޓޫރިޒަމްގެ މައްޗަށް ދަޢުވާކޮށް ހުށަހެޅުމުން އެ ކޯޓުން ބެލި މައްސަލައެއްކަމާއި، އެ ޤަޝިއްޔާ ނިންމާފައިވަނީ "ދެންފަހެ ބުނެވިދިޔަ ކަންކަން އެހެން ހުރުމުން، ގދ.ގަޒީރާއެވެ ކިޔާ ރަށް ކުއްޔަށް ދިނުމަށްޓަކައި ގަޒީރާ ޕްރައިވެޓް ލިމިޓެޑާ މިނިސްޓްރީ އޮފް ޓޫރިޒަމާއެކު 12 ޑިސެމްބަރު 2013 ގައި ކުރެވިފައިވާ އެމެންޑަޑް އެންޑް ރީސްޓޭޓެޑް ލީޒް އެގްރިމެންޓު އުވާލެވިފައިވާކަމަށާއި، އެމެންޑަޑް އެންޑް ރީސްޓޭޓެޑް ލީޒް އެގްރިމެންޓު އުވާލެވިފައިވަނީ ގދ.ގަޒީރާ ކުއްޔަށް ދޫކުރުމުގެ މުޢާމަލާތާ ގުޅިގެން، 12 ޑިސެމްބަރު 2013 ގެ ތާރީޚުގައި "ސެޓްލްމަންޓް އެގްރިމެންޓް" އުވާލި އުވާލުން އަސާސަކަށް ބަލައިގެންކަމަށް މިނިސްޓްރީ އޮފް ޓޫރިޒަމްގެ ނަންބަރު 88-LS/PRIV/2015/305 (05 ފެބްރުއަރީ 2015) ސިޓީއިން ގަޒީރާ ޕްރައިވެޓް ލިމިޓެޑަށް އަންގާފައިވާ އެންގުމަކީ އެމެންޑަޑް އެންޑް ރީސްޓޭޓެޑް ލީޒް އެގްރިމެންޓާ ޚިލާފު ބާޠިލު އެންގުމެއްކަމަށް ޝަރީޢަތަށް ޗާބިތުވާކަމަށް ކަނޑައަޅައި، އެމެންޑަޑް އެންޑް ރީސްޓޭޓެޑް ލީޒް އެގްރިމެންޓާ އެއްގޮތަށް ޢަމަލު ކުރުމަށް މިނިސްޓްރީ އޮފް ޓޫރިޒަމަށް އަންގައި މިގޮތުގެމަތިން ޙުކުމްކޮށް....." ކަމާއި، ސިވިލް ކޯޓުގެ ނަންބަރު 376/Cv-C/2015 ޤަޝިއްޔާއަކީ ރ.މާނެންފުށި ކުއްޔަށް ދިނުމަށްޓަކައި މިނިސްޓްރީ އޮފް ޓޫރިޒަމްއާއެކު 12 ޑިސެމްބަރު 2013 ގައި މާނެންފުށި ޕްރައިވެޓް ލިމިޓެޑާ ދެމެދު ކުރެވިފައިވާ އެމެންޑަޑް އެންޑް ރީސްޓޭޓެޑް ލީޒް އެގްރިމެންޓު އުވާލާފައިވާކަމަށާއި، އެމެންޑަޑް އެންޑް ރީސްޓޭޓެޑް ލީޒް އެގްރިމެންޓު އުވާލެވިފައިވަނީ ރ.މާނެންފުށި ކުއްޔަށް ދޫކުރުމުގެ މުޢާމަލާތާ ގުޅިގެން، 12 ޑިސެމްބަރު 2013 ގެ ތާރީޚުގައި "ސެޓްލްމަންޓް އެގްރިމެންޓް" އުވާލި އުވާލުން އަސާސަކަށް ބަލައިގެންކަމަށް މިނިސްޓްރީ އޮފް ޓޫރިޒަމްގެ ނަންބަރު 88-LS/PRIV/2015/304 (05 ފެބްރުއަރީ 2015) ގެ ސިޓީއިން މާނެންފުށި ޕްރައިވެޓް ލިމިޓެޑަށް އަންގާފައިވާ އެންގުމަކީ އެމެންޑަޑް އެންޑް ރީސްޓޭޓެޑް ލީޒް އެގްރިމެންޓާ ޚިލާފު ބާޠިލު އެންގުމެއްކަމަށް ކަނޑައަޅައި އެމެންޑަޑް އެންޑް ރީސްޓޭޓެޑް ލީޒް އެގްރިމެންޓާ އެއްގޮތަށް ޢަމަލު ކުރުމަށް މިނިސްޓްރީ އޮފް ޓޫރިޒަމްއަށް އަންގައި އަމުރު ކޮށްދިނުމަށް އެދި މާނެންފުށި ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން މިނިސްޓްރީ އޮފް ޓޫރިޒަމްގެ މައްޗަށް ދަޢުވާކޮށް ހުށަހެޅުމުން އެ ކޯޓުން ބެލި މައްސަލައެއްކަމާއި، އެ ޤަޝިއްޔާ ނިންމާފައިވަނީ "ދެންފަހެ އިސްވެ ފާހަގަކުރެވުނު ނުކުތާތަކަށާއި ހުށަހެޅިފައިވާ ބަޔާންތަކާއި ލިޔުންތަކުގެ މައްޗަށް ރިޢާޔަތްކޮށް ބަލާއިރު، ރ.މާނެންފުށި ކުއްޔަށް ދިނުމަށްޓަކައި މާނެންފުށި ޕްރައިވެޓް ލިމިޓެޑާއި މިނިސްޓްރީ އޮފް ޓޫރިޒަމްއާއެކު 12 ޑިސެމްބަރު 2013 ގައި ކުރެވިފައިވާ އެމެންޑަޑް އެންޑް ރީސްޓޭޓެޑް ލީޒް އެގްރިމެންޓު އުވާލެވިފައިވާކަމަށާއި، އެމެންޑަޑް އެންޑް ރީސްޓޭޓެޑް ލީޒް އެގްރިމެންޓު އުވާލެވިފައިވަނީ ރ.މާނެންފުށި ކުއްޔަށް ދޫކުރުމުގެ މުޢާމަލާތަކާ ގުޅިގެން، 12 ޑިސެމްބަރު 2013 ގެ ތާރީޚުގައި މިނިސްޓްރީ އޮފް ޓޫރިޒަމްއާއި މ.މާވިނަ، ނަޞްރާ ޢަބްދުއްސައްތާރާއި ދެމެދު ސޮއިކުރެވިފައިވާ "ސެޓްލްމަންޓް އެގްރިމެންޓް" އުވާލި އުވާލުން ބޭސިސްއަކަށް ބަލައިގެންކަމަށް މިނިސްޓްރީ އޮފް ޓޫރިޒަމްގެ ނަންބަރު 88-LS/PRIV/2015/304 (05 ފެބްރުއަރީ 2015) ސިޓީއިން މާނެންފުށި ޕްރައިވެޓް ލިމިޓެޑަށް އަންގާފައިވާކަން ހުށަހެޅިފައިވާ ލިޔުންތަކުން އެނގެން އޮންނަ ހިނދު، ބަޔާންވެދިޔަ އެމެންޑަޑް އެންޑް ރީސްޓޭޓެޑް ލީޒް އެގްރިމެންޓާއި، ސެޓްލްމެންޓް އެގްރިމެންޓް އުވާލެވިފައިވަނީ ރ.މާނެންފުށި ކުއްޔަށް ދިނުމަށްޓަކައި ސޮއިކުރެވިފައިވާ ލީޒް އެގްރިމެންޓާއި، ސެޓްލްމެންޓް އެގްރިމެންޓުގެ ދަށުން، ދެފަރާތު ދެމެދު ސޮއިކުރެވިފައިވާ އެމެންޑަޑް އެންޑް ރީސްޓޭޓެޑް ލީޒް އެގްރިމެންޓު އުވާލުމުގެ ކުރިން އިޖުރާއީގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަ ކޮށްގެން ނޫންކަން ހުށަހެޅިފައިވާ ލިޔުންތަކުން ޝަރީޢަތަށް ޗާބިތުވާތީ ސެޓްލްމެންޓް އެގްރިމެންޓް ބާޠިލުކުރިކަން އަންގައި މިނިސްޓްރީ އޮފް ޓޫރިޒަމްގެ ފަރާތުން މާނެންފުށި ޕްރައިވެޓް ލިމިޓެޑަށް އަންގާފައިވާ މިނިސްޓްރީ އޮފް ޓޫރިޒަމްގެ ނަންބަރު 88-LS/PRIV/2015/307 (05 ފެބްރުއަރީ 2015) ސިޓީއާއި، އެމެންޑަޑް އެންޑް ރީސްޓޭޓެޑް ލީޒް އެގްރިމެންޓް ބާޠިލުކުރިކަން އަންގައި މިނިސްޓްރީ އޮފް ޓޫރިޒަމްގެ ފަރާތުން މާނެންފުށި ޕްރައިވެޓް ލިމިޓެޑަށް އަންގާފައިވާ މިނިސްޓްރީ އޮފް ޓޫރިޒަމްގެ ނަންބަރު 88-LS/PRIV/2015/304 (05 ފެބްރުއަރީ 2015) ސިޓީއިން މާނެންފުށި ޕްރައިވެޓް ލިމިޓެޑަށް އަންގާފައިވާ އެންގުމަކީ ރ.މާނެންފުށި ކުއްޔަށް ދިނުމުގެ މުޢާމަލާތާ ގުޅިގެން ސޮއިކުރެވިފައިވާ އެގްރިމެންޓުތަކާ ޚިލާފު ބާޠިލު އެންގުމެއް ކަމަށް ޝަރީޢަތަށް ޗާބިތުވާކަމަށް ކަނޑައަޅައި، އެމެންޑަޑް އެންޑް ރީސްޓޭޓެޑް ލީޒް އެގްރިމެންޓް ބާޠިލު ނުވެ ދެމިއޮތްކަމަށާއި، ބަޔާންވެދިޔަ އެގްރިމެންޓްތަކާ އެއްގޮތަށް ޢަމަލުކުރުމަށް މިނިސްޓްރީ އޮފް ޓޫރިޒަމަށް އަންގައި ޙުކުމްކޮށް....." ކަމާއި، ސިވިލް ކޯޓުގެ ނަންބަރު 387/Cv-C/2015 ޤަޝިއްޔާއަކީ ކ.ބޮލިދުއްފަރު ފަރު އަދި ކ.ވާވެއްދި ފަޅު ކުއްޔަށް ދިނުމަށްޓަކައި މިނިސްޓްރީ އޮފް ޓޫރިޒަމްއާއެކު 12 ޑިސެމްބަރު 2013 ވިލާ ހޮޓެލްސް އެންޑް ރިޒޯޓްސް ޕްރައިވެޓް ލިމިޓެޑާ ދެމެދު ކުރެވިފައިވާ އެމެންޑަޑް އެންޑް ރީސްޓޭޓެޑް ލީޒް އެގްރިމެންޓު އުވާލާފައިވާކަމަށާއި، އެމެންޑަޑް އެންޑް ރީސްޓޭޓެޑް ލީޒް އެގްރިމެންޓު އުވާލެވިފައިވަނީ ކ.ބޮލިދުއްފަރު ފަރު އަދި ކ.ވާވެއްދި ފަޅު ކުއްޔަށް ދޫކުރުމުގެ މުޢާމަލާތާ ގުޅިގެން، 12 ޑިސެމްބަރު 2013 ގެ ތާރީޚުގައި "ސެޓްލްމަންޓް އެގްރިމެންޓް" އުވާލި އުވާލުން އަސާސަކަށް ބަލައިގެންކަމަށް މިނިސްޓްރީ އޮފް ޓޫރިޒަމްގެ ނަންބަރު 88-LS/PRIV/2015/302 (08 ފެބްރުއަރީ 2015) ސިޓީއިން ވިލާ ހޮޓެލްސް އެންޑް ރިޒޯޓްސް ޕްރައިވެޓް ލިމިޓެޑަށް އަންގާފައިވާ އެންގުމަކީ އެމެންޑަޑް އެންޑް ރީސްޓޭޓެޑް ލީޒް އެގްރިމެންޓާ ޚިލާފު ބާޠިލު އެންގުމެއްކަމަށް ކަނޑައަޅައި އެމެންޑަޑް އެންޑް ރީ- ސްޓޭޓެޑް ލީޒް އެގްރިމެންޓާ އެއްގޮތަށް ޢަމަލު ކުރުމަށް މިނިސްޓްރީ އޮފް ޓޫރިޒަމްއަށް އަންގައި އަމުރު ކޮށްދިނުމަށް އެދި ވިލާ ހޮޓެލްސް އެންޑް ރިޒޯޓްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން މިނިސްޓްރީ އޮފް ޓޫރިޒަމްގެ މައްޗަށް ދަޢުވާކޮށް ހުށަހެޅުމުން އެ ކޯޓުން ބެލި މައްސަލައެއްކަމާއި، އެ ޤަސިއްޔާ ނިންމާފައިވަނީ "ދެންފަހެ އިސްވެ ފާހަގަކުރެވުނު ނުކުތާތަކަށާއި، މި މައްސަލައިގައި ހުށަހެޅިފައިވާ ބަޔާންތަކަށާއި، ލިޔުންތަކުގެ މައްޗަށް ބެލުމަށްފަހު، ކ.ބޮލިދުއްފަރު ފަރު އަދި ކ.ވާވެއްދި ފަޅު ކުއްޔަށް ދިނުމަށްޓަކައި މިނިސްޓްރީ އޮފް ޓޫރިޒަމްއާއެކު 12 ޑިސެމްބަރު 2013 ގައި ކުރެވިފައިވާ އެމެންޑަޑް އެންޑް ރީސްޓޭޓެޑް ލީޒް އެގްރިމެންޓު އުވާލާފައިވާކަމަށާއި، އެމެންޑަޑް އެންޑް ރީސްޓޭޓެޑް ލީޒް އެގްރިމެންޓު އުވާލެވިފައިވަނީ ކ.ބޮލިދުއްފަރު ފަރު އަދި ކ.ވާވެއްދި ފަޅު ކުއްޔަށް ދޫކުރުމުގެ މުޢާމަލާތާ ގުޅިގެން، 12 ޑިސެމްބަރު 2013 ގެ ތާރީޚުގައި ކުރެވިފައިވާ "ސެޓްލްމަންޓް އެގްރިމެންޓް" އުވާލި އުވާލުން އަސާސަކަށް ބަލައިގެންކަމަށް މިނިސްޓްރީ އޮފް ޓޫރިޒަމްގެ ނަންބަރު 88-LS/PRIV/2015/302 (08 ފެބްރުއަރީ 2015) ގެ ސިޓީއިން ވިލާ ހޮޓެލްސް އެންޑް ރިޒޯޓްސް ޕްރައިވެޓް ލިމިޓެޑަށް އަންގާފައިވާ އެންގުމަކީ އެމެންޑަޑް އެންޑް ރީސްޓޭޓެޑް ލީޒް އެގްރިމެންޓާ ޚިލާފު ބާޠިލު އެންގުމެއްކަމަށް ކަނޑައަޅައި ޙުކުމްކޮށް....." ކަމާއި، ސިވިލް ކޯޓުގެ ނަންބަރު 391/Cv-C/2015 ޤަޝިއްޔާއަކީ ކ.މާދިއްގަރު ފަޅު ކުއްޔަށް ދިނުމަށްޓަކައި މިނިސްޓްރީ އޮފް ޓޫރިޒަމްއާއެކު 12 ޑިސެމްބަރު 2013 ގައި ވިލާ ހޮލިޑޭސް ޕްރައިވެޓް ލިމިޓެޑާ ދެމެދު ކުރެވިފައިވާ އެމެންޑަޑް އެންޑް ރީސްޓޭޓެޑް ލީޒް އެގްރިމެންޓު އުވާލާފައިވާކަމަށާއި، އެމެންޑަޑް އެންޑް ރީސްޓޭޓެޑް ލީޒް އެގްރިމެންޓު އުވާލެވިފައިވަނީ ކ.މާދިއްގަރު ފަޅާ ކ.ކަނުހުރާ ކުއްޔަށް ދޫކުރުމުގެ މުޢާމަލާތާ ގުޅިގެން، 12 ޑިސެމްބަރު 2013 ގެ ތާރީޚުގައި "ސެޓްލްމަންޓް އެގްރިމެންޓް" އުވާލި އުވާލުން އަސާސަކަށް ބަލައިގެންކަމަށް މިނިސްޓްރީ އޮފް ޓޫރިޒަމްގެ ނަންބަރު 88-LS/PRIV/2015/306 (05 ފެބްރުއަރީ 2015) ގެ ސިޓީއިން ވިލާ ހޮލިޑޭސް ޕްރައިވެޓް ލިމިޓެޑަށް އަންގާފައިވާ އެންގުމަކީ އެމެންޑަޑް އެންޑް ރީސްޓޭޓެޑް ލީޒް އެގްރިމެންޓާ ޚިލާފު ބާޠިލު އެންގުމެއްކަމަށް ކަނޑައަޅައި އެމެންޑަޑް އެންޑް ރީސްޓޭޓެޑް ލީޒް އެގްރިމެންޓާ އެއްގޮތަށް ޢަމަލު ކުރުމަށް މިނިސްޓްރީ އޮފް ޓޫރިޒަމްއަށް އަންގައި އަމުރު ކޮށްދިނުމަށް އެދި ވިލާ ހޮލިޑޭސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން މިނިސްޓްރީ އޮފް ޓޫރިޒަމްގެ މައްޗަށް ދަޢުވާކޮށް ހުށަހެޅުމުން އެ ކޯޓުން ބެއްލެވި މައްސަލައެއްކަމާއި، އެ ޤަޝިއްޔާ ނިންމާފައިވަނީ "ދެންފަހެ އިސްވެ ފާހަގަކުރެވުނު ނުކުތާތަކަށާއި މި މައްސަލައިގައި ހުށަހެޅިފައިވާ ބަޔާންތަކަށާއި ލިޔުންތަކުގެ މައްޗަށް ބެލުމަށްފަހު، ކ.މާދިއްގަރު ފަޅު ކުއްޔަށް ދިނުމަށްޓަކައި މިނިސްޓްރީ އޮފް ޓޫރިޒަމްއާއެކު 12 ޑިސެމްބަރު 2013 ގައި ކުރެވިފައިވާ އެމެންޑަޑް އެންޑް ރީސްޓޭޓެޑް ލީޒް އެގްރިމެންޓު އުވާލެވިފައިވާކަމަށާއި، އެމެންޑަޑް އެންޑް ރީސްޓޭޓެޑް ލީޒް އެގްރިމެންޓު އުވާލެވިފައިވަނީ ކ.މާދިއްގަރު ފަޅާ ކ.ކަނުހުރާ ކުއްޔަށް ދޫކުރުމުގެ މުޢާމަލާތަކާ ގުޅިގެން، 12 ޑިސެމްބަރު 2013 ގެ ތާރީޚުގައި ކުރެވުނު "ސެޓްލްމަންޓް އެގްރިމެންޓް" އުވާލި އުވާލުން އަސާސަކަށް ބަލައިގެންކަމަށް މިނިސްޓްރީ އޮފް ޓޫރިޒަމްގެ ނަންބަރު 88-LS/PRIV/2015/306 (05 ފެބްރުއަރީ 2015) ގެ ސިޓީއިން ވިލާ ހޮލިޑޭސް ޕްރައިވެޓް ލިމިޓެޑަށް އަންގާފައިވާ އެޓްގޮމިކާ އެމެންޑަޑް އެންޑް ރީސްޓޭޓެޑް ލީޒް އެގްރިމެންޓާ ޚިލާފު ބާޠިލު އެންގުމެއްކަމަށް ކަނޑައަޅައި ޙުކުމްކޮށް....." ކަން އެނގެން އޮންނަ އޮތުމެވެ.
[8](ހ) ދެވަނަ ކަމަކީ، ސިވިލް ކޯޓުގެ އިސްވެ ޙަވާލާދެވުނު އެ ކޯޓުގެ ނަންބަރު
[9]381/Cv-C/2015 ޤަޟިއްޔާއާއި ނަންބަރު 375/Cv-C/2015 ޤަޟިއްޔާއާއި ނަންބަރު
[10]376/Cv-C/2015 ޤަޟިއްޔާއާއި ނަންބަރު 387/Cv-C/2015 ޤަޟިއްޔާއާއި ނަންބަރު
[11]391/Cv-C/2015 ޤަޟިއްޔާ، އެ ކޯޓުން ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްވާ
[12]ގޮތުގެމަތިން ނޫންކަމަށް ބުނެ، ދިވެހި ދައުލަތް (މިނިސްޓްރީ އޮފް ޓޫރިޒަމް) ގެ ފަރާތުން އެ މައްސަލަތައް
[13]އިސްތިއުނާފުކުރުމަށް ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބަލައި ނިންމާފައިވާ ހައިކޯޓުގެ ނަންބަރު
[14]2016/HC-A/153 ޤަޟިއްޔާއާއި، ނަންބަރު 2016/HC-A/196 ޤަޟިއްޔާއާއި، ނަންބަރު
[15]2016/HC-A/60 ޤަޟިއްޔާއާއި، ނަންބަރު 2016/HC-A/100 ޤަޟިއްޔާއާއި، ނަންބަރު
[16]2016/HC-A/154 ޤަޟިއްޔާގެ ޙުކުމަށް ބަލާއިރު، ސިވިލް ކޯޓުގެ އިސްވެ ޙަވާލާދެވުނު ޤަޟިއްޔާތައް،
[17]އެ ކޯޓުން ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ފެންނާތީ، އެ ޤަޟިއްޔާތަކުގައި
[18]ކޮށްފައިވާ ޙުކުމަތަކަކީ ބާޠިލް ޙުކުމަތަކެއްކަމަށް ކަނޑައަޅާ ދިވެހިރާއްޖޭގެ ހައިކޯޓުން ޙުކުމް ކޮށްފައިވާކަން
އެނގެން އޮންނަކަމެވެ.
[19](ނ) ތިންވަނަ ކަމަކީ، ހައިކޯޓުގެ ބުނެވިދިޔަ ނަންބަރު 2016/HC-A/153
[20]ޤަޟިއްޔާއާއި ނަންބަރު 2016/HC-A/196 ޤަޟިއްޔާއާއި ނަންބަރު 2016/HC-A/60 ޤަޟިއްޔާއާއި
[21]ނަންބަރު 2016/HC-A/100 ޤަޟިއްޔާއާއި ނަންބަރު 2016/HC-A/154 ޤަޟިއްޔާގެ ޙުކުމް
[22]ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތް ނޫންކަމަށް ބުނެ، ވިލާ ޝިޕިންގ އެންޑް ޓްރޭޑިންގ ކޮމްޕެނީ
[23]ޕްރައިވެޓް ލިމިޓެޑާއި، ގަޒީރާ ޕްރައިވެޓް ލިމިޓެޑާއި، ވިލާ ހޮޓެލްސް އެންޑް ރިޒޯޓްސް ޕްރައިވެޓް
[24]ލިމިޓެޑާއި، މާނެންފުށި ޕްރައިވެޓް ލިމިޓެޑާއި، ވިލާ ހޮލިޑޭސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން މައިގަނޑު
[25]ގޮތެއްގައި ފާހަގަ ކޮށްފައިވަނީ އަންނަނިވި ނުކުތާތައް ކަމާ، އެއީ؛ (1) އެމެންޑެޑް އެންޑް ރީސްޓޭޓެޑް ލީސް އެގްރީމަންޓުތަކުގެ ދަށުން ދައުލަތާ ދެކޮޅަށް ދަޢުވާއެއް ނުކުރުމަށް އެއްބަސްވެފައިވާކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ކަނޑައަޅާފައިވަނީ އެމެންޑެޑް އެންޑް ރީސްޓޭޓެޑް ލީސް އެގްރީމަންޓާއި، ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 20 ވަނަ މާއްދާގެ (ހ) އާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާއާއި، (2) އެމެންޑެޑް އެންޑް ރީސްޓްޓޭޑް ލީސް އެގްރީމަންޓް ބާޠިލުކުރިކުރުން ޞައްޙަކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ކަނޑައަޅާފައިވަނީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2013/SC-A/27 ޤަޟިއްޔާއާއި ނަންބަރު 2014/SC-A/47 ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާއާއި، (3) ސެޓްލްމަންޓް އެގްރީމަންޓުގައި ޢަލީ އިބްރާހީމްއާ ގުޅުން ހުރި ފަރާތްތައް (affiliate parties) ކަމަށް ބުނެފައިވަނީ ޢަލީ އިބްރާހީމާއި، ވިލާ ޝިޕިންގ އެންޑް ޓްރޭޑިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއި، އެ ކުންފުންޏާ ގުޅުންހުރި ފަރާތްތައް ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/153 ޤަޟިއްޔާއާއި ނަންބަރު 2016/HC-A/60 ޤަޟިއްޔާއާއި ނަންބަރު 2016/HC-A/100 ޤަޟިއްޔާގައި ކަނޑައަޅާފައިވަނީ ޢަލީ އިބްރާހީމްއާއި މިނިސްޓްރީ އޮފް ޓޫރިޒަމްއާ ދެމެދު ކުރެވުނު އެއްބަސްވުމާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާއާއި، (4) އެމެންޑަޑް އެންޑް ރީސްޓްޓޭޓަޑް ލީސް އެގްރީމަންޓްތަކަކީ ސެޓްލްމަންޓް އެގްރީމަންޓާ ވަކިން އޮތް މުސްތަޤިއްލު ވަކި އެއްބަސްވުމެއްކަމަށް ނުބެލެވޭނެކަމަށާއި، ސެޓްލްމަންޓް އެގްރީމަންޓާއި އެމެންޑެޑް އެންޑް ރީސްޓްޓޭޓެޑް ލީސް އެގްރީމަންޓަކީ އެކުއެކީގައި މަނާކުރަންޖެހޭ އެއްބަސްވުމެއްކަމަށް ހައިކޯޓުގެ ނަންބަރު 2016/HC-A/100 ޤަޟިއްޔާގައި ފާހަގަކޮށްފައިވަނީ އެމެންޑެޑް އެންޑް ރީސްޓޭޓަޑް ލީސް އެގްރީމަންޓާއި ސެޓްލްމަންޓް އެގްރީމަންޓާއި ކޮންޓްރެކްޓް މާނަކުރުމުގެ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާ އާއި، (5) ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/100 ޤަޟިއްޔާގައި ވިލާ ހޮޓެލްސްއާ ހިއްސާކޮށްފައިނުވާ ދައުލަތުން ހުށަހެޅި ލިޔުމަކަށް ރިޢާޔަތްކޮށް އަދި އެ ލިޔުމުގައިވާ ގޮތުގެމަތިން މައްސަލަ ނިންމާފައިވަނީ ޝަރުޢީ، ޤާނޫނީ އަދި ޝަރީޢަތްކުރުމާ ބެހޭގޮތުން ކަނޑައެޅިފައިވާ އުޞޫލުތަކާއި، ޤާނޫނުއަސާސީގެ 142 ވަނަ މާއްދާއާއި ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-A/02 ޤަޟިއްޔާގެ ނިންމުމާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާއާއި، (6) އެގްރީމަންޓުގެ ޕްރިއެމްބަލް ނުވަތަ ރިސައިޓަލް (Recital) ގައި އެގްރީމަންޓުގެ ބައިވެރިންގެ މައްޗަށް އިލްތިޒާމްތަކެއް އުފަންކޮށްފައިވާކަމަށް ހައިކޯޓުގެ ނަންބަރު 2016/HC-A/100 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވަނީ އެއްބަސްވުން މާނަކުރުމުގައި ޢަމަލުކުރަންޖެހޭ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާއާއި، (7) އެމެންޑެޑް އެންޑް ރީސްޓޭޓެޑް އެގްރިމެންޓަށް ވާޞިލްވި އެއް މަޤްޞަދަކީ، ޢަލީ އިބްރާހީމާއި އޭނާއާ ގުޅުންހުރި ފަރާތްތަކުން ދައުލަތާ ދެކޮޅަށް ދަޢުވާއެއް ނުކުރުން ކަމަށް އިސްތިއުނާފުކުރެވޭ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/60 ޤަޟިއްޔާގައި ފާހަގަކޮށްފައިވަނީ އިސްތިއުނާފުކުރާ ފަރާތާއި އިސްތިއުނާފު ރައްދުވާ ފަރާތާ ދެމެދު ކުރެވުނު އެއްބަސްވުމާ މުޅީން ޚިލާފަށް، ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ ތަޢާރަޒުވާގޮތަށްކަމަށް ބުނެ ހުށަހެޅި ނުކުތާކަން އެނގެން އޮންނަ އޮތުމެވެ.
[26](ރ) ހަތަރުވަނަ ކަމަކީ، ވިލާ ޝިޕީންގ އެންޑް ޓްރޭޑިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް އާއި، ގަޒީރާ ޕްރައިވެޓް ލިމިޓެޑްއާއި، މާނެންފުށި ޕްރައިވެޓް ލިމިޓެޑްއާއި، ވިލާ ހޮޓެލްސް އެންޑް ރިޒޯޓްސް ޕްރައިވެޓް ލިމިޓެޑްއާއި، ވިލާ ހޮލިޑޭސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން، މިނިސްޓްރީ އޮފް ޓޫރިޒަމްގެ މައްޗަށް ދަޢުވާ ރައްދުވާގޮތަށް ސުޕްރީމް ކޯޓަށް ހުށަހެޅި، އިސްވެ ބަޔާންކުރެވުނު މައްސަލަތަކުގެ ދަޢުވާގެ ސީޢާއަށް ބަލާއިރު، މި މައްސަލަތަކުގެ ދަޢުވާ ބިނާކުރެވިފައިވާ މައިގަނޑު ސަބަބުތަކަކީ އެއްބާވަތެއްގެ ސަބަބުތަކެއް ކަމާއި، މި މައްސަލަތަކުގައި ދަޢުވާ ލިބޭފަރާތަކީ އެއްފަރާތެއްކަން އެނގެން އޮންނާތީ މި މައްސަލަތައް އެއްކޮށްގެން ބަލައި ނިންމުމަށް ކަނޑައެޅިފައިވާ ކަމެވެ.
[27](ބ) ފަސްވަނަ ކަމަކީ، ލ. ކައްދޫގައި ޓޫރިސްޓް ހޮޓާ އެޅުމަށް ބިމެއް ކުއްޔަށް ދިނުމާ ބެހޭގޮތުން މިނިސްޓްރީ އޮފް ޓޫރިޒަމާއި، މ. އައިމާ އިބްރާހީމް ޢަބްދުލްޢަޒީޒާ ދެމެދުގައި 2007 ވަނަ އަހަރުގެ ޖޫން މަހުގެ 14 ވަނަ ދުވަހު އެއްބަސްވުމެއް ވެވުނުކަމާއި މި އެއްބަސްވުމުގެ ދަށުން އިބްރާހީމް ޢަބްދުލްޢަޒީޒަށް ލިބުނު އެންމެހައި ޙައްޤުތަކެއް ހަމަ އެ ތާރީޚުގައި އދ. ފެންފުށީ، ފިނިވާގޭ ޢަލީ އިބްރާހީމުގެ ނަމަށް ބަދަލުކޮށްފައިވާކަމާއި، ޢަލީ އިބްރާހީމާ އެކީގައި ވެފައިވާ އެއްބަސްވުމުގެ ދަށުން، ހަދަންޖެހޭ އީ.އައި.އޭ ހެދުމަށްޓަކައި ބާއްވަންޖެހޭ ސްކޯޕިންގ މީޓިންގ މިނިސްޓްރީ އޮފް ޓޫރިޒަމުން ބާއްވައިނުދީ، އެ ބިމަށް ދައްކަންޖެހޭ ކުއްޔާއި ޖޫރިމަނާ ފައިސާ ދެއްކުމަށް މިނިސްޓްރީ އޮފް ޓޫރިޒަމުން އަންގާފައިވާކަމަށްބުނެ، އެކަމާ ގުޅިގެން އދ.ފެންފުށި / ފިނިވާގެ، ޢަލީ އިބްރާހީމަށް ލިބިފައިވާ ގެއްލުމުގެ ބަދަލު ހޯދުމަށް ޢަލީ އިބްރާހީމް ސިވިލް ކޯޓުގައި ދަޢުވާކުރުމުން އެ ކޯޓުން ބަލައި ނިންމި އެ ކޯޓުގެ ނަންބަރު 1476/Cv-C/2010 ޤަސިއްޔާއިން، US$9,769,277.00 (ނުވަ މިލިއަން ހަތްސަތޭކަ ފަސްދޮޅަސް ނުވަހާސް ދުއިސައްތަ ހަތްދިހަ ހަތެއް އެމެރިކާ ޑޮލަރު) މިނިސްޓްރީ އޮފް ޓޫރިޒަމުން ޢަލީ އިބްރާހީމަށް ދެއްކުމަށް އެ ޤަސިއްޔާއިން ޙުކުމް ކުރުމާ ގުޅިގެން، އެ މައްސަލަ ދައުލަތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ސިވިލް ކޯޓުގެ އެ ޙުކުމް ހައިކޯޓުން ބާޠިލުކޮށްފައިވާތީ، ހައިކޯޓުން އެ މައްސަލަ ނިންމި ގޮތާމެދު ހިތްހަމަނުޖެހިގެން ޢަލީ އިބްރާހީމްގެ ފަރާތުން އެ މައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމުން ސުޕްރީމް ކޯޓުގެ ނަންބަރު 2013/SC-A/26 ޤަސިއްޔާއިން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުން ބާޠިލުކޮށް، ސިވިލް ކޯޓުގެ ނަންބަރު 1476/Cv-C/2010 ޤަޞިއްޔާގެ ޙުކުމަށް ތާޕީޕޮލީކޮށް މިނިސްޓްރީ އޮފް ޓޫރިޒަމުން، ޢަލީ އިބްރާހީމަށް US$9,769,277.00 (ނުވަ މިލިއަން ހަތްސަތޭކަ ފަސްދޮޅަސް ނުވަހާސް ދުއިސައްތަ ހަތްދިހަ ހަތެއް އެމެރިކާ ޑޮލަރު) ދެއްކުމަށް އަންގައި، 19 ނޮވެމްބަރު 2013 ގައި ޙުކުމް ކޮށްފައިވާކަން އެނގެން އޮންނަ އޮތުމެވެ.
[28](ޅ) ހަވަނަ ކަމަކީ، ވިލާ ސިޕިންގ އެންޑް ޓްރޭޑިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްއާއި، ގަޒީރާ ޕްރައިވެޓް ލިމިޓެޑްއާއި، މާނެންފުށި ޕްރައިވެޓް ލިމިޓެޑްއާއި، ވިލާ ހޮޓެލްސް އެންޑް ރިޒޯޓްސް ޕްރައިވެޓް ލިމިޓެޑްއާއި، ވިލާ ހޮލިޑޭސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން، މިނިސްޓްރީ އޮފް ޓޫރިޒަމާއެކު 12 ޑިސެމްބަރު 2013 ގައި ވެފައިވާ އެމެންޑެޑް އެންޑް ރީސްޓޭޓެޑް ލީޒް އެގްރިމެންޓުތަކަށް ބަލާއިރު އެ އެގްރިމެންޓުތަކުގެ ޕްރިއެމްބަލްތަކުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2013/SC-A/26 ޤަސިއްޔާއާ އެއްގޮތަށް އެހެން މައްސަލަތަކެއްވެސް ޢަލީ އިބްރާހީމްއާއި އޭނާއާ ގުޅުންހުރި ފަރާތްތަކުން ސަރުކާރާ ދެކޮޅަށް ހުށަހަޅައި، ކޯޓުގައި ހިނގަމުންދާތީ، އެ މައްސަލަތަކަށް ކޯޓުން ބޭރުން ޙައްލެއް ހޯދުމަށް އެދިފައިވާ ކަމާ، އެގޮތަށް އެދިފައިވަނީ އެ މައްސަލަތަކާ ގުޅިގެން ބަދަލު ދިނުމަށް ކޯޓުން ޙުކުމެއް އަތުވެއްޖެނަމަ ސަރުކާރުގެ ބަޖެޓުގެ ދަތިކަން ހުރުމާއެކު އެފައިސާ ނުދެއްކިދާނެތީކަން އެނގެން އޮންނަކަމާއި، ޕްރިއެމްބަލްގައި ޢަލީ އިބްރާހީމާއި އޭނާއާ ގުޅުން ހުރި ފަރާތްތަކާ، ސަރުކާރާ ދެމެދު ހުރި ހުރިހާ މައްސަލަތަކަކާއި ޚިލާފުތަކެއް ޙައްލުކުރުމަށް އެދިފައިވާ ކަމާއި، އަދި ޢަލީ އިބްރާހީމާއި އޭނާއާ ގުޅުން ހުރި ފަރާތްތަކުގެ މައްސަލަތައް ޙައްލު ކުރުމުގެ ގޮތުން، އެ މާއްދާގައި ބަޔާންކޮށްފައިވާ ކޮންސެޝަންތައް އެ އެގްރީމެންޓު ތަކުގައި ބަޔާންކޮށްފައިވާ ތަންތަން ކުއްޔަށް ހިފާފައިވާ، ޢަލީ އިބްރާހީމްއާއި އޭނާއާ ގުޅުން ހުރި ފަރާތްތަކަށް ދިނުމަށް އެއްބަސްވެފައި އޮންނަކަން އެނގެން އޮންނަ އޮތުމެވެ.
[29](ކ) ހަތްވަނަ ކަމަކީ، ވިލާ ސިޕިންގ އެންޑް ޓްރޭޑިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްއާއި، ގަޒީރާ ޕްރައިވެޓް ލިމިޓެޑްއާއި، މާނެންފުށި ޕްރައިވެޓް ލިމިޓެޑްއާއި، ވިލާ ހޮޓެލްސް އެންޑް ރިޒޯޓްސް ޕްރައިވެޓް ލިމިޓެޑްއާއި، ވިލާ ހޮލިޑޭސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން، މިނިސްޓްރީ އޮފް ޓޫރިޒަމާއެކު 12 ޑިސެމްބަރު 2013 ގައި ވެފައިވާ އެމެންޑެޑް އެންޑް ރީސްޓޭޓެޑް ލީޒް އެގްރިމެންޓުތައް ބާޠިލް ކުރެވިފައިވަނީ އެ ކުންފުނިތަކުން މިނިސްޓްރީ އޮފް ޓޫރިޒަމްއާއެކު ކޮށްފައިވާ އެގްރީމެންޓުތަކުގެ އެއްވެސް މާއްދާއަކާ އެ ފަސް ކުންފުނިންކުރެ ކުންފުންޏަކުން ޚިލާފުވެގެން ނޫންކަމަށާ، ނަމަވެސް އެގްރީމެންޓުތައް އުވާލެވިފައިވަނީ ބަޔާންވެދިޔަ ކުންފުނިތަކަށް ކުއްޔަށްދެވުނު ތަންތަން ކުއްޔަށްދިނުމަށް ކުރެވުނު މުޢާމަލާތްތަކާ ގުޅިގެން، 12 ޑިސެމްބަރު 2013 ގެ ތާރީޚްގައި ސޮއިކޮށްފައިވާ 'ސެޓްލްމަންޓް އެގްރީމަންޓް' ތައް އުވާލި އުވާލުން އަސާސަކަށް ބަލައިގެން ކަމަށް މިނިސްޓްރީ އޮފް ޓޫރިޒަމްގެ ފަރާތުން އެ ކުންފުނިތަކަށް ފޮނުވާފައިވާ ނަންބަރު 88-LS/PRIV/2015/ 303, 304, 305, 306, 307 (05 ފެބުރުވަރީ 2015) ސިޓީތަކުންނާއި މިނިސްޓްރީ އޮފް ޓޫރިޒަމްގެ ނަންބަރު 88-LS/PRIV/2015/302 (08 ފެބުރުވަރީ 2015) ސިޓީއިން އެނގެން އޮންނަ ކަމާއި، ކުއްޔަށް ދިނުމަށްޓަކައި 12 ޑިސެމްބަރު 2013 ގައި ސޮއިކުރެވިފައިވާ އެމެންޑެޑް އެންޑް ރީސްޓޭޓެޑް ލީޒް އެގްރިމެންޓުގައި ސޮއިކުރެވިފައިވަނީ އދ.ފެންފުށި / ފިނިވާގެ، ޢަލީ އިބްރާހީމާއި، އެފަރާތާ "އެފިލިއޭޓެޑް" ފަރާތްތަކާއެކު "ގުޑްވިލް ބޭސިސް" އެއްގައިއާދެވުނު އެއްބަސްވުންތަކެއްގެ މައްޗަށް ބިނާކޮށްގެން ކަމަށާއި، ދަޢުވާކުރާ ފަރާތްތަކާއި ދައުލަތާ ދެމެދު 12 ޑިސެމްބަރު 2013 ގައި ސޮއިކުރެވިފައިވާ އެމެންޑެޑް އެންޑް ރީސްޓޭޓެޑް ލީޒް އެގްރިމެންޓުތައް ބާޠިލުކޮށްފައިވަނީ، އިސްވެ ބަޔާންކުރެވުނު ގުޑްވިލް ބޭސިސްއާ ދަޢުވާކުރާ ފަރާތުން ޚިލާފުވުމުން ކަމަށާއި، ޢަލީ އިބްރާހީމް ނުވަތަ ވިލާ ގުރޫޕާ ގުޅުން ހުރި ފަރާތެއް ކަމުގައިވާ ވާރލްޑް ލިންކް ޓްރެވަލްސް ޕްރައިވެޓް ލިމިޓެޑް (ޑަބްލިޔު އެލް ޓީ) އިން 19 އޭޕްރީލް 2014 ގައި ޓޫރިޒަމް މިނިސްޓްރީގެ މައްޗަށް ހައިކޯޓަށް މައްސަލައެއް ހުށަހަޅާފައިވާކަމަށާއި، ޑަބްލިޔު އެލް ޓީ ޕްރައިވެޓް ލިމިޓެޑަކީ ޢަލީ އިބްރާހީމާ އެފިލިއޭޓެޑް ކުންފުންޏެއް ކަމަށާ، ޑަބްލިޔު އެލް ޓީ ޕްރައިވެޓް ލިމިޓެޑަކީ ވިލާގެ %70 ޙިއްޞާ އޮންނަ ކުންފުންޏެއް ކަމަށާ، އެހެންކަމުން ޢަލީ އިބްރާހީމާއި އޭނާއާ އެފިލިއޭޓެޑް ފަރާތްތަކުން ދައުލަތާ ދެކޮޅަށް އިތުރު ދަޢުވާއެއް ނުކުރާނެ ކަމުގެ ޔަޤީންކަން ދިނުމަށްފަހުވެސް ދައުލަތުގެ މައްޗަށް ގާތްގަނޑަކަށް 127 (ސަތޭކަ ހަތާވީސް) މިލިޔަން އެމެރިކާ ޑޮލަރު ހޯދުމަށް ޢަލީ އިބްރާހީމާ އެފިލިއޭޓެޑް ފަރާތެއް ކަމަށްވާ ޑަބްލިޔު އެލް ޓީން ދަޢުވާ ކުރުމުން ޢަލީ އިބްރާހީމާއެކު ސޮއިކުރެވިފައިވާ ސެޓްލްމެންޓް އެގްރިމެންޓާ އެފަރާތުން ޚިލާފުވެފައިވާކަމަށް ދައުލަތުން ދެކޭކަމަށާ، އަދި އެ ޔަޤީންކަން ނެތި ދިއުމުން އެއްބަސްވުންތައް ބާޠިލުވާނެ ކަމުގައި ދެކޭކަމަށް ދައުލަތުން ބުނެފައިވާކަން އެނގެން އޮންނަ އޮތުމެވެ.
[30](އ) އަށްވަނަ ކަމަކީ، ވިލާ ޝިޕިންގ އެންޑް ޓްރޭޑިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްއާއި، ގަޒީރާ ޕްރައިވެޓް ލިމިޓެޑްއާއި، މާނެންފުށި ޕްރައިވެޓް ލިމިޓެޑްއާއި، ވިލާ ހޮޓެލްސް އެންޑް ރިޒޯޓްސް ޕްރައިވެޓް ލިމިޓެޑްއާއި، ވިލާ ހޮލިޑޭސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން، މިނިސްޓްރީ އޮފް ޓޫރިޒަމްގެ މައްޗަށް ދަޢުވާ ރައްދުވާގޮތަށް ހުށަހަޅާފައިވާ މި މައްސަލަތަކުގައި ދެފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި ހުށަހެޅިފައިހުރި ލިޔުންތަކަށް ބަލާއިރު މިނިސްޓްރީ އޮފް ޓޫރިޒަމާއެކު 12 ޑިސެމްބަރު 2013 ގައި ވެފައިވާ އެމެންޑެޑް އެންޑް ރީސްޓޭޓެޑް ލީޒް އެގްރިމެންޓުތަކުގައި، އެ އެގްރީމެންޓުތައް ކުރެވުމުން އޭގެކުރިން އެއިން ކޮންމެ ރަށަކާ ނުވަތަ ފަޅަކާ ގުޅިގެން ކުރެވިފައިހުރި އެގްރީމެންޓްތައް ބާޠިލުވީކަމަށް އެ އެގްރީމެންޓުތަކުގައި ބަޔާންކޮށްފައިވާ ކަމާ، ދެފަރާތް ދެމެދުގައި އެއްވެސް ދެބަސްވުމެއް ޚިލާފެއް އުފެދިއްޖެއްނަމަ ދެފަރާތް އެކަން ސުލްހަވެރިކަމާއެކު ހައްލުކުރުމަށް މަސައްކަތްކުރަންވާނެކަމަށް އެ އެގްރީމެންޓު ތަކުގައި ބަޔާންކޮށްފައިވާކަން އެނގެން އޮންނަ އޮތުމެވެ.
[31](ވ) ނުވަވަނަ ކަމަކީ، ވިލާ ޝިޕިންގ އެންޑް ޓްރޭޑިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްއާއި، ގަޒީރާ ޕްރައިވެޓް ލިމިޓެޑްއާއި، މާނެންފުށި ޕްރައިވެޓް ލިމިޓެޑްއާއި، ވިލާ ހޮޓެލްސް އެންޑް ރިޒޯޓްސް ޕްރައިވެޓް ލިމިޓެޑްއާއި، ވިލާ ހޮލިޑޭސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން، މިނިސްޓްރީ އޮފް ޓޫރިޒަމްގެ މައްޗަށް ދަޢުވާ ރައްދުވާގޮތަށް ހުށަހަޅާފައިވާ މި މައްސަލަތަކުގައި ދެފަރާތުގެ ދެމެދުގައި ކުރެވިފައިވާ އެގްރިމެންޓުތަކަށް ބެލިއިރު، އެގްރީމެންޓުތަކުގެ އޮޕަރޭޓިވް މާއްދާތަކުގެ ކުރިއަށް އޮންނަ ދީބާޖާ (Preamble) ނުވަތަ ރިސައިޓަލް (Recital) އަކީ ހަމައެކަނި އެގްރީމަންޓަށް ވާޞިލުވީގޮތް އޮޅުންފިލުވައިދިނުމަށް ބޭނުންކުރެވޭ ތަޢާރަފުގެ މާއްދާތަކެއްކަމާއި އެ އެގްރީމެންޓެއްގައި އެހެންޒޮރިކަމީ ބަޔާންކޮށްފައި ނުވާނަމަ، އެގްރިމެންޓް މާނަކުރުމުގައި، އެގްރިމެންޓުގެ ދަށުން އެގްރިމެންޓުގެ ބައިވެރިންގެ މައްޗަށްވާ އިލްތިޒާމްތަކަކީ ކޮބައިކަން ބަލާނީ އެ އެއްބަސްވުމެއްގެ އޮޕަރޭޓިވް މާއްދާތަކުންކަން، ކޮންޓްރެކްޓް މާނަކުރުމުގެ ހަމަތަކަށް ބެލުމުން އެނގެން އޮންނަ އޮތުމެވެ.
[32](މ) ދިހަވަނަ ކަމަކީ، މިނިސްޓްރީ އޮފް ޓޫރިޒަމްގެ ފަރާތުން ގަޒީރާ ޕްރައިވެޓް ލިމިޓެޑްއާއި، މާނެންފުށި ޕްރައިވެޓް ލިމިޓެޑްއާއި، ވިލާ ހޮޓެލްސް އެންޑް ރިޒޯޓްސް ޕްރައިވެޓް ލިމިޓެޑްއާއި، ވިލާ ހޮލިޑޭސް ޕްރައިވެޓް ލިމިޓެޑާއެކު ކޮށްފައިވާ ސެޓްލްމެންޓު އެގްރީމެންޓުތަކަށް ބެލިއިރު، އެ އެގްރީމެންޓުތަކުގެ ދީބާޖާ (Preamble) ގައި ހިމަނާފައިވާ އަކުރުތައް އެއްކޮށް ކިޔުމުން، ޢަލީ އިބްރާހީމުގެ އެފިލިއޭޓެޑް ޕާޓީތަކަކީ، އެ އެގްރީމެންޓުތައް ކުރެވުނު ފަރާތްތައްކަން އެނގެން އޮންނަ ކަމާއި، އެ އެގްރީމެންޓުތަކުގެ ބޭނުމަށްޓަކައި ޢަލީ އިބްރާހީމްގެ އެފިލިއޭޓުން އެއަށްވުރެ ފުޅާކޮށް މާނަ ނުކުރެވޭނެކަން ވަރަށް ސާފުކޮށް އޮންނައިރު، ވާރލްޑް ލިންކް ޓްރެވަލްސް ޕްރައިވެޓް ލިމިޓެޑް (ޑަބްލިޔު އެލް ޓީ) އަކީ، ސެޓްލްމެންޓު އެގްރީމެންޓުތަކުގައި ހިމެނޭ އެއްވެސް ރަށަކާ ނުވަތަ ފަޅަކާ ގުޅިގެން އެއްވެސް ދަޢުވާއެއް ކުރި ފަރާތެއް ނޫންކަން މި މައްސަލަތަކާ ގުޅިގެން ހުށަހެޅުނު ލިޔުންތަކުންނާއި ޝަރީޢަތުގެ މަޖިލީސްތަކުގައި ދެކެވުނުވާހަކަތަކުން ބަޔާންވެ އެނގެން އޮންނަ އޮތުމެވެ.
[33](ފ) އެގާރަވަނަ ކަމަކީ، މަދަނީ ނުވަތަ ތިޖާރީ އިލްތިޒާމުތަކުގެ އެންމެ މުހިންމު އެއް މަސްދަރަކީ ޢަޤުދު ނުވަތަ ކޮންޓްރެކްޓު ކަމާއި، އެ ކޮންޓްރެކްޓެއް ޞައްޙަވުމުގެ ޝަރުތުތަކާއި އެ ކޮންޓްރެކްޓެއްގެ ރުކުންތައް ފުރިހަމަވެގެން އެކުލަވާލެވޭ ޞައްޙަ ކޮންޓްރެކްޓެއްގެ ދަށުން އަދާކުރަންޖެހޭ އިލްތިޒާމްތައް ރަނގަޅު ނިޔަތުގައި އަދާކުރުމަކީ ޝައުޢީ ޤާޢިދާއެއް ކަމަށްވާ "قاعدة الوفاء با لعهد" (ޢަހުދަށް ވަފާތެރިވުމުގެ ޤާޢިދާ) އާއި، ތަފާތު ޤާނޫނީ ނިޒާމުތަކުގައި އިސްތިޤުރާރުވެފައިވާ "العقد شريعة المتعاقدين" ނުވަތަ "ޕެކްޓާ ސަންޓް ސަރވެންޑާ" ގެ މަބްދައުގެ ދަށުން ކޮންޓްރެކްޓުގެ ބައިވެރިންގެ މައްޗަށް ޤާނޫނީގޮތުން ލާޒިމްވެގެންވާ ކަމެއްކަމާއި، ކޮންޓްރެކްޓެއް ވެފައިވާނަމަ، ދެފަރާތުންވެސް ޢަމަލުކުރަންޖެހޭނީ އެ ކޮންޓްރެކްޓެއްގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ކަމާއި، ކޮންޓްރެކްޓުގެ ދެބައިވެރިންގެ މެދުގައި ޙަކަމަކަށް ވާނީ އެ ދެބައިވެރިން ވެފައިވާ ކޮންޓްރެކްޓުކަމާއި، ކޮންޓްރެކްޓުގެ އަނެއް ބައިވެރިޔާ އޭނާގެ މައްޗަށް ލާޒިމުވާ ކަމަކަށް ދުލެއްދީފިނަމަ ނުވަތަ އޭނާ ކޮންމެވެސް އެހެން ގޮތަކަށް ޢަމަލުކުރަން އެއްބަސްވެއްޖެނަމަ، ފަހުން ދެފަރާތް އެއްބަސްވި ގޮތަށް ޢަމަލުކުރެވިދާނެކަން ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 20 ވަނަ މާއްދާއަށް ބެލުމުން އެނގެން އޮންނައިރު؛ ވިލާ ޝިޕީންގ އެންޑް ޓްރޭޑިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްއާއި، ގަޒީރާ ޕްރައިވެޓް ލިމިޓެޑްއާއި، މާނެންފުށި ޕްރައިވެޓް ލިމިޓެޑްއާއި، ވިލާ ހޮޓެލްސް އެންޑް ރިޒޯޓްސް ޕްރައިވެޓް ލިމިޓެޑްއާއި، ވިލާ ހޮލިޑޭސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން، މިނިސްޓްރީ އޮފް ޓޫރިޒަމްގެ މައްޗަށް ދަޢުވާ ރައްދުވާގޮތަށް ހުށަހަޅާފައިވާ މި މައްސަލަތަކުގައި ދެފަރާތް ދެމެދު ކުރެވިފައިވާ އެގްރީމެންޓު ތަކުގައި، މި އެގްރީމެންޓުތައް ބާޠިލުކުރެވޭނެ ޙާލަތްތައް ކަނޑައަޅައި ބަޔާންކޮށްފައި އޮންނަކަމާ، އެގޮތުން ތ. އެލާ ކުއްޔަށްދިނުމަށްޓަކައި ވިލާ ޝިޕީންގ އެންޑް ޓްރޭޑިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްއާއެކު ކުރެވިފައިވާ އެމެންޑެޑް އެންޑް ރީސްޓޭޓެޑް ލީޒް އެގްރިމެންޓަށް ބަލާއިރު ތ. އެލާއާމެދު މިހާރު ޢަމަލުކުރެވޭނީ އެމެންޑެޑް އެންޑް ރީސްޓޭޓެޑް ލީޒް އެގްރިމެންޓަށް ކަން އެ އެގްރިމެންޓުގެ 4 ވަނަ މާއްދާގެ (A) އިން އެނގޭ ކަމާއި، އިނީޝަލް އެގްރިމެންޓުގެ ދަށުން އެއްވެސް އެމެންޑްމެންޓެއް އަދި އެޑެންޑަމްއެއް އޮތްނަމަވެސް އެފަދަ އެއްބަސްވުމެއްގެ މައްޗަށް މި ލީޒް އެގްރިމެންޓު އިސްވާނެކަމަށާއި، އެމެންޑެޑް އެންޑް ރީސްޓޭޓެޑް ލީޒް އެގްރިމެންޓުގައި ސޮއިކުރެވުމުން ޢަމަލުކުރަން ޖެހޭނީ އެ އެގްރިމެންޓަށް ކަން ޕްރިއޭމްބްލްގެ (F) އާއި އެ އެގްރިމެންޓުގެ 4 ގެ (A) އަށް ބެލުމުން އެނގޭކަމާއި، 05 ފެބްރުއަރީ 2015 ގައި މިނިސްޓްރީ އޮފް ޓޫރިޒަމްގެ ނަންބަރު 88-LS/PRIV/2015/303 ސިޓީއިން، 12 ޑިސެމްބަރު 2013 ގައި ކުރެވިފައިވާ އެމެންޑެޑް އެންޑް ރީސްޓޭޓެޑް ލީޒް އެގްރިމެންޓް އުވާލެވިފައިވާކަމަށް އަންގާފައިވާކަމަށާއި، ލީޒް އެގްރިމެންޓު އުވާލެވިފައިވަނީ ސެޓްލްޕިކްޓް އެގްރިމެންޓުތައް އުވާލި އުވާލުން އަޞްލަކަށް ބަލައިގެން ކަމުގައި އެ ސިޓީގައި ބަޔާންކޮށްފައިވި ނަމަވެސް ތ.އެލާއާއެކު ލީޒް އެގްރިމެންޓެއްގައި ސޮއިކޮށްފައިވަނީ އެރަށާ ގުޅޭ ސެޓްލްމަންޓް އެގްރިމެންޓަށް ބިނާކޮށްގެން ނޫންކަމާއި، އެރަށާއި ގުޅިގެން ސެޓްލްމަންޓް އެގްރިމެންޓެއް ހަދާފައި ނުވާކަން އެނގެން އޮންނަކަމާއި، އެމެންޑެޑް އެންޑް ރީސްޓޭޓެޑް ލީޒް އެގްރިމެންޓު ޓަރމިނޭޓް ކުރެވޭނެ ގޮތް އެގްރިމެންޓުގެ 24 ވަނަ މާއްދާއާއި 52 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަމާއި، މިގޮތުން ސަރުކާރުން ބޭނުންވެގެން ލީޒް އެގްރިމެންޓު ނިމުމަކަށް ގެނެވޭނެ ޙާލަތުތައް އެމެންޑެޑް އެންޑް ރީސްޓޭޓެޑް ލީޒް އެގްރިމެންޓުގެ 52 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަމާއި، އެމާއްދާގެ ދަށުން ސަރުކާރަށް ލީޒް އެގްރިމެންޓު ނިމުމަކަށް ގެނެވޭނީ 3 ޙާލަތުން ކުރެ ޙާލަތެއް މެދުވެރިވެއްޖެނަމަ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ އިޖުރާއާތުތައް ފުރިހަމަކުރުމަށް ފަހުގައި ކަމާއި، އެއީ؛
[34]1. 30، 31، 32، 33 އަދި 34 ވަނަ މާއްދާގެ ދަށުން ދައްކަންޖެހޭ ކުލި، ކުލި
[35]ދައްކަންޖެހޭ މުއްދަތުގައި ދައްކާފައި ނުވުން ނުވަތަ 30، 31، 32، 33 އަދި 34 ވަނަ މާއްދާގެ ދަށުން
[36]ދައްކަންޖެހޭ ކުލި ދައްކާފައި ނުވުމުގެ ސަބަބުން ދައްކަންޖެހޭ ޖޫރިމަނާ ދައްކާފައި ނުވުން؛ ނުވަތަ
[37]2. އެއްބަސްވުމުގެ 66 އަދި / ނުވަތަ 67 ވަނަ މާއްދާގެ ދަށުން ފޮނުވާފައިވާ
[38]ނޯޓިސްއަށް ޢަމަލުކޮށްފައި ނުވުން؛ ނުވަތަ
[39]3. އެމެލްގަމޭޝަން ނުވަތަ ރިކޮންސްޓްރަކްޝަންގެ ބޭނުމަކަށް ފިޔަވައި އަމިއްލަ
[40]އިޚްތިޔާރުގައި ނުވަތަ މަޖުބޫރުވެގެން ކުންފުނި އުވާލުން ނުވަތަ އިފްލާސްކޮށްފައިވުން ކަމާ؛ އެމެންޑެޑް އެންޑް ރީސްޓޭޓެޑް ލީޒް އެގްރިމެންޓުގެ 53 ވަނަ މާއްދާގައި ބުނެފައިވަނީ އެގްރިމެންޓުގެ 52 ވަނަ މާއްދާއާ ގުޅިގެން އެގްރިމެންޓު ބާޠިލުކުރާނަމަ އެކަމުގެ ސަބަބު ބަޔާންކޮށް ލިޔުމުން ނޯޓިސް ދޭންޖެހޭކަމަށާ، ނޮން-ފައިނޭންޝަލް ކަމެއްގައި އެއްބަސްވުން ބާޠިލުކުރަން ބޭނުންވެއްޖެނަމަ، ޢަމަލުކުރާނެގޮތް ލީޒް އެގްރިމެންޓުގެ 66 ވަނަ މާއްދާގައި ބަޔާންކޮށްފައި ވާކަމާއި، މިގޮތުން އެއްބަސްވުމުގެ 30، 31، 32، 33 އަދި 34 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަންކަން ފިޔަވައި، ކުއްޔަށް ހިފި ފަރާތުން، ލީޒް އެއްބަސްވުމާ ފުރަތަމަ ފަހަރަށް ޚިލާފުވުމާ ގުޅިގެން އެއްބަސްވުން ބާޠިލު ކޮށްގެން ނުވާނެކަމަށާއި، ނަމަވެސް އެ ޙާލަތުގައި US$ 25,000.00 (ފަންސަވީސްހާސް އެމެރިކާ ޑޮލަރު) އަށްވުރެން ބޮޑުނޫން ޢަދަދަކުން ޖޫރިމަނާ ކުރެވިދާނެ ކަމަށާއި، އަދި އެ ޚިލާފުވި ޚިލާފުވުމެއް ރަނގަޅު ކުރުމަށް 30 (ތިރީސް) ދުވަހުގެ ނޯޓިސްއެއް ލިޔުމުން ދޭންޖެހޭނެކަމަށް "އެމެންޑެޑް އެންޑް ރީސްޓޭޓެޑް ލީޒް އެގްރިމެންޓް" ގައި ބަޔާންކޮށްފައި ވާކަމާއި، "އެމެންޑެޑް އެންޑް ރީސްޓޭޓެޑް ލީޒް އެގްރިމެންޓް" ގެ 66 ވަނަ މާއްދާގެ ދަށުން ދެވޭ ނޯޓިސްއަށް ޢަމަލުކޮށްފައި ނުވާނަމަ، އެފަރާތެއް 100,000.00 US$ (އެއްލައްކަ އެމެރިކާ ޑޮލަރު) އަށްވުރެ ބޮޑުނޫން ޢަދަދަކުން، އިތުރަށް ޖޫރިމަނާ ކުރެވިދާނެކަމަށާއި، އަދި 66 ވަނަ މާއްދާގެ ދަށުން ލިޔުމުން ދީފައިވާ ނޯޓިސްގެ މުއްދަތު ހަމަވެ، އިތުރަށް ހިނގާ 15 (ފަނަރަ) ދުވަހުގެ މުއްދަތުގެ ތެރޭގައިވެސް، އެ ނޯޓިސްއަށް ޢަމަލުކޮށްފައި ނުވާނަމަ، 52 ވަނަ މާއްދާގެ ދަށުން އެއްބަސްވުން އުވާލެވިދާނެކަމަށް އެއްބަސްވުމުގެ 67 ވަނަ މާއްދާގައި ބަޔާންކޮށްފައި ވާކަމާއި، އެމެންޑަޑް އެންޑް ރީސްޓޭޓެޑް ލީޒް އެގްރިމެންޓް ކުރެވުނު ހިނދުން ފެށިގެން، ތ. އެލާއާ ގުޅޭ އެންމެހައި ކަންކަން ހިނގާނީ، އެ އެގްރިމެންޓުގައި ބަޔާންކޮށްފައިވާ ގޮތަށްކަމާއި، އޭގެ ކުރިން ކޮށްފައިވާ އެހެން ހުރިހާ އެގްރިމެންޓްތަކުގައި ބަޔާންކޮށްފައިވާ ކަންކަން އައު އެގްރިމެންޓުގެ ދަށަށް ބަދަލުވެ، ކުރިން ވެފައިވާ އެންމެހައި އެއްބަސްވުންތައް ބާޠިލުވެފައިވާ ކަމާއި، އެކަން އެމެންޑެޑް އެންޑް ރީސްޓޭޓެޑް ލީޒް އެގްރިމެންޓުގެ 88 ވަނަ މާއްދާގައި ސާފުކޮށް ބަޔާންކޮށްފައި ވާކަމާއި، އެއީ ދެފަރާތުގެ މެދުގައި މިހާރު އޮތް ހަމައެކަނި އެގްރިމެންޓްކަމާއި، "އެމެންޑެޑް އެންޑް ރީސްޓޭޓެޑް ލީޒް އެގްރިމެންޓް" ގެ 90 ވަނަ މާއްދާގައި ބުނާގޮތުން އެއްވެސް މައްސަލައެއް ޖެހިއްޖެނަމަ އެކަމެއް ޙައްލުކުރާނީ ދެފަރާތުން ވާހަކަ ދައްކައިގެންކަމާއި އެފަދަ ގޮތަކުން އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި މައްސަލަ ޙައްލު ނުވިނަމަ އެކަމެއް ޙައްލުކުރާނީ ކޯޓަށް ހުށަހަޅައިގެން ކަމަށް ބަޔާންކޮށްފައިވާކަން އެނގެން އޮންނައިރު، އިސްވެ ބަޔާންކުރެވުނު އެހެން ކުންފުނިތަކާއެކު ކުރެވުނު އެގްރީމެންޓު ތަކުގައިވެސް އެގްރީމެންޓު ބާޠިލްކުރަން ބޭނުންވެއްޖެނަމަ ޢަމަލުކުރަންވީ ގޮތްތައް ބަޔާންކޮށްފައިވާއިރު، ދަޢުވާކުރާ ފަރާތާއި ދަޢުވާލިބޭ ފަރާތާއި ދެމެދު ވެފައިވާ އެމެންޑެޑް އެންޑް ރީސްޓޭޓެޑް ލީޒް އެގްރިމެންޓްތައް ބާޠިލު ކުރިކަމަށް މިނިސްޓްރީ އޮފް ޓޫރިޒަމްގެ ނަންބަރު 307, 306, 305, 304, 303 88-LS/PRIV/2015/ (05 ފެބުރުވަރީ 2015) ސިޓީތަކުންނާއި މިނިސްޓްރީ އޮފް ޓޫރިޒަމްގެ ނަންބަރު 88-LS/PRIV/2015/302 (08 ފެބުރުވަރީ 2015) ސިޓީއިން އަންގާފައިވަނީ އެ އެގްރިމެންޓުތަކުގައި ބަޔާންކޮށްފައިވާ އެންމެހައި އުޞޫލުތަކާއި މަދަނީ ޢަޤުދުތަކާ ގުޅިގެން ޢަމަލުކުރާ ޝަރުޢީ އަދި ޤާނޫނީ އެންމެހާ އުޞޫލުތަކާ އެއްގޮތައް ނޫންކަން އެނގެން އޮންނަ އޮތުމެވެ.
[41](ދ) ބާރަވަނަ ކަމަކީ، ވިލާ ޝިޕީންގ އެންޑް ޓްރޭޑިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްއާއި، ގަޒީރާ ޕްރައިވެޓް ލިމިޓެޑްއާއި، މާނެންފުށި ޕްރައިވެޓް ލިމިޓެޑްއާއި، ވިލާ ހޮޓެލްސް އެންޑް ރިޒޯޓްސް ޕްރައިވެޓް ލިމިޓެޑްއާއި، ވިލާ ހޮލިޑޭސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން، މިނިސްޓްރީ އޮފް ޓޫރިޒަމްގެ މައްޗަށް ދަޢުވާ ރައްދުވާގޮތަށް ހުށަހަޅާފައިވާ މި މައްސަލަތުގައި އިސްވެ ބަޔާންވެދިޔަ ނުކުތާތަކުގައި، ބަޔާންކުރެވުނު ޝަރުޢީ އަދި ޤާނޫނީ ހަމަތަކަށް ބަލާއިރު، ދަޢުވާކުރާ ފަރާތްތަކާއި ދަޢުވާލިބޭ ފަރާތާއި ދެމެދު ވެފައިވާ އެމެންޑެޑް އެންޑް ރީސްޓޭޓެޑް ލީޒް އެގްރިމެންޓްތައް ބާޠިލު ކުރި ސަބަބުކަމަށް މިނިސްޓްރީ އޮފް ޓޫރިޒަމްގެ ނަންބަރު 307, 306, 305, 304, 303 88- LS/PRIV/2015/ (05 ފެބުރުވަރީ 2015) ސިޓީތަކުންނާއި މިނިސްޓްރީ އޮފް ޓޫރިޒަމްގެ ނަންބަރު 88-LS/PRIV/2015/302 (08 ފެބުރުވަރީ 2015) ސިޓީއިން އަންގާފައިވާ ސަބަބަކީ އެ އެގްރީމެންޓުތައް ބާޠިލްކުރެވޭނެ ސަބަބަކަށް ނުވަތީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/153 ޤަސިއްޔާއާއި، ނަންބަރު 2016/HC-A/196 ޤަސިއްޔާއާއި، ނަންބަރު 2016/HC-A/60 ޤަސިއްޔާއާއި، ނަންބަރު 2016/HC-A/100 ޤަސިއްޔާއާއި، 2016/HC-A/154 ޤަޝިއްޔާގެ ޙުކުމްތަކަށް ބަދަލުގެންނަން ޖެހޭކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި މައްސަލަތައް ބެލި ފަނޑިޔާރުންނަށް އިއްތިފާޤުވެވިފައި ވުމެވެ.
ޙުކުމް:
[42]އިސްވެ ބަޔާންކުރެވުނު ސަބަބުތައް އެގޮތުގެމަތިން ހުރުމާއެކު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/153 ޤަޝިއްޔާއާއި، ނަންބަރު 2016/HC-A/196 ޤަޝިއްޔާއާއި، ނަންބަރު 2016/HC-A/60 ޤަޝިއްޔާއާއި، ނަންބަރު 2016/HC-A/100 ޤަޝިއްޔާއާއި، ނަންބަރު 2016/HC-A/154 ޤަޝިއްޔާ ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތައް ކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި މައްސަލަތައް ބެލި ފަނޑިޔާރުންނަށް ނުފެންނާތީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/153 ޤަޝިއްޔާއާއި، ނަންބަރު 2016/HC-A/196 ޤަޝިއްޔާއާއި، ނަންބަރު 2016/HC-A/60 ޤަޝިއްޔާއާއި، ނަންބަރު 2016/HC-A/100 ޤަޝިއްޔާއާއި، ނަންބަރު 2016/HC-A/154 ޤަޝިއްޔާގައި ހައިކޯޓުން ކޮށްފައިވާ ޙުކުމްތަކަކީ ބާޠިލް ޙުކުމްތަކެއްކަމަށް ކަނޑައެޅުމާއެކު، ސިވިލް ކޯޓުގެ ނަންބަރު 381/Cv-C/2015 ޤަޝިއްޔާއާއި، ނަންބަރު 375/Cv-C/2015 ޤަޝިއްޔާއާއި، ނަންބަރު 376/Cv-C/2015 ޤަޝިއްޔާއާއި، ނަންބަރު 387/Cv-C/2015 ޤަޝިއްޔާއާއި، ނަންބަރު 391/Cv-C/2015 ޤަޝިއްޔާގައި ކޮށްފައިވާ ޙުކުމްތަކަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ތާއީދުކޮށް، އެގޮތުގެމަތިން ޙުކުމްކޮށްފީމެވެ.
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 20 ވަނަ މާއްދާ
ޝަރީޢަތުގެ ވީޑިއޯ
މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.