ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތައް

Maldives Legal Precedents

Saeed Lex
2015/HC-A/350ހައިކޯޓު · 26 އޮކްޓޫބަރު 2017 · ފައިސާ ހޯދުން

—

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި
ސުޕްރީމް ކޯޓަށް އިސްތިއުނާފުކޮށްފައި ނުވޭ · ރަޖިސްޓްރީ ބެލީ 15 އޮކްޓޫބަރު 2026ޙުކުމުގެ ހާލަތު
ހައިކޯޓު · 26 އޮކްޓޫބަރު 2017ބާވަތް: މަދަނީ

ޚުލާޞާ

ކޯޓަށް އައި ގޮތް
ސިވިލް ކޯޓުން އިންވޮއިސްގެ އަގު ނަގައިދީ، އަގު ދައްކާނެ މުއްދަތަކާމެދު އެއްބަސްވިކަން ނޭނގޭތީ 2013/SC-A/27 ގެ ޙާލަތާ މި މައްސަލަ ތަފާތު ކަމަށް ބުނެ ޖޫރިމަނާ ނަގައިނުދިނެވެ.
ވާޤިޢާ
ކުއްޔަށް ދިން ތަކެއްޗާއި ޚިދުމަތުގެ އަގު އިންވޮއިސްގައިވާ 3 ދުވަހުގެ މުއްދަތުގައި ނުދައްކާތީ، އަގާއި އިންވޮއިސްގައިވާ ދުވާލަކު 5 އިންސައްތައިގެ ޖޫރިމަނާ (އިންޓަރެސްޓް) ހޯދުމަށް ދަޢުވާކުރިއެވެ؛ ދަޢުވާލިބޭ ފަރާތުން އަގު ޤަބޫލުކޮށް، ޖޫރިމަނާއަށް އިންކާރުކުރިއެވެ.
ކޯޓުން ނިންމަން ޖެހުނު ސުވާލު
ކޮންޓްރެކްޓެއްގައި ނުހިމެނި އިންވޮއިސްގައި ހިމަނާފައިވާ ޝަރުޠު ޖަޒާއީ (ލަސްވުމުގެ ޖޫރިމަނާ / އިންޓަރެސްޓް) ގެ ދަށުން ފައިސާ ނަގައިދޭން ޖެހޭތޯ، އަދި ސިވިލް ކޯޓުން ސުޕްރީމް ކޯޓުގެ 2013/SC-A/27 ޤަޟިއްޔާގެ މަބާދިއުތަކާ ޚިލާފަށް ޙުކުމްކޮށްފައިވޭތޯ.
ޚަޞްމުންގެ ހުށަހެޅުންތައް
އިސްތިއުނާފުކުރި ފަރާތުން ބުނީ، ސިވިލް ކޯޓުގެ ނިންމުމަކީ 2013/SC-A/27 ގެ މަބާދިއުތަކާ ޚިލާފު ނިންމުމެއް ކަމަށާއި، ޕާރޗޭސް އޯޑަރުގެ ޓަރމްސް އޮފް ޕޭމަންޓާއި ވިޔަފާރީގެ ޢާންމު އަސާސްތަކަށް ރިޢާޔަތްނުކޮށް އެއްބަސްވުމެއް ނެތް ކަމަށް ކަނޑައެޅި ކަމަށެވެ.
ކޯޓުގެ ސަބަބުތައް
ޝަރުޠު ޖަޒާއީ ހުއްދަވަނީ ޝަރީޢަތާއި ޤާނޫނުގެ ޙުދޫދުގެ ތެރޭގައި ބައިވެރިންގެ ރުހުމުގައި ކުރެވޭ ޝަރުޠަކަށް ވާނަމަ ކަމަށާއި، ކޮންޓްރެކްޓުގައި ނުހިމެނި އިންވޮއިސްގައި ހިމަނާ ޝަރުޠު ދަޢުވާލިބޭ ފަރާތުން ސަރީޙަކޮށް ނުވަތަ ޟިމްނީކޮށް ޤަބޫލުކުރިކަން ނޭނގޭތީ، ޖޫރިމަނާ ނަގައިނުދިނުމުގައި ބަދަލު ގެންނަންޖެހޭ ތަނެއް ނެތެވެ.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
—
ފަހުގެ ތާރީޚު
ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް

ނިންމުން

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި

އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

ޝަރުޠު ޖަޒާއީ އަކީ، ކޮންޓްރެކްޓެއްގެ ދަށުން އެކޮންޓްރެކްޓުގެ ބައިވެރިއެއްގެ މައްޗަށް އަދާކުރުން ލާޒިމްވެގެންވާ އިލްތިޒާމެއް އަދާނުކުރުމުގެ ސަބަބުން ނުވަތަ އެ އިލްތިޒާމެއް އަދާކުރުމަށް ކަނޑައެޅިފައިވާ މުއްދަތުގައި އަދާނުކޮށް ލަސްކުރުމުގެ ސަބަބުން ކޮންޓްރެކްޓުގެ އަނެއް ބައިވެރިޔާއަށް ޙައްޤުވާ ގެއްލުމުގެ ބަދަލުގެ މިންވަރު ކުރިއާލައި ކަނޑައަޅައި، ބަދަލު ޙައްޤުވާ ފަރާތަށް އެ ބަދަލު ދިނުމަށް ކޮންޓްރެކްޓުގެ ބައިވެރިންގެ މެދުގައި ވެވޭ އެއްބަސްވުމަށް ނުވަތަ ކުރެވޭ ޝަރުތަށް ބޭނުންކުރެވޭ އިސްތިލާޙެކެވެ. (ޕެރ. 3(ނ))

ކޮންޓްރެކްޓެއްގެ ދަށުން އުފެދޭ އިލްތިޒާމެއް އަދާނުކުރުމުގެ ސަބަބުން ނުވަތަ އަދާކުރުން ލަސްވުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލުގެ މިންވަރު ވަޒަންކޮށް އެ ބަދަލު ނެގުމާމެދު އެއްބަސްވުމުގެ ބާރާއި އިޚްތިޔާރު ކޮންޓްރެކްޓްގެ ބައިވެރިންނަށް ލިބިގެންވީ ނަމަވެސް، އެބާރާއި އިޚްތިޔާރަކީ އެއްވެސް ޝަރުޢީ އަދި ޤާނޫނީ ޤައިދެއް ނެތި، މުޠުލަޤު ގޮތަކަށް ބޭނުންކުރެވޭނެ ބާރަކާއި އިޚްތިޔާރެއް ނޫނެވެ. ދިވެހިރާއްޖޭގެ ޤާނޫނީ ނިޒާމުގައި، ކޮންޓްރެކްޓުގައި ހިމެނުން ހުއްދަކުރާ ޝަރުޠުތައް ވާންޖެހޭނީ އިސްލާމީ ޝަރީޢަތުގަޔާއި، ޤާނޫނުގައި ކަނޑައެޅި ބަޔާންވެގެންވާ 'ޤަތުޢީ' އަޙްކާމްތަކާއި ޚިލާފުނުވާ ޝަރުތުތަކަކަށެވެ. (ޕެރ. 3(ނ))

ކޮންޓްރެކްޓުގެ ބައިވެރިއަކު އެ ކޮންޓްރެކްޓުގެ ދަށުން އަދާކުރަންޖެހޭ އިލްތިޒާމެއް އަދާނުކުރުމުން ނުވަތަ އަދާނުކޮށް ލަސްކުރުމުން އޭގެ ސަބަބުން ގެއްލުންވާ ކޮންޓްރެކްޓުގެ އަނެއް ބައިވެރިޔާއަށް ޙައްޤުވާ ގެއްލުމުގެ ބަދަލު ކަނޑައެޅުމުގައި ރިޢާޔަތްކުރަންޖެހޭނީ ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 23 ވަނަ މާއްދާގައި ކަނޑައަޅައި ބަޔާންވެގެން އޮންނަގޮތުގެ މައްޗަށެވެ؛ އެއީ ކޮންޓްރެކްޓާއި ޚިލާފުވުމުގެ ސަބަބުން ލިބޭ ސީދާ ނުވަތަ ޙަޤީޤީ ގެއްލުމާއި، ކޮންޓްރެކްޓާއި ޚިލާފުވުމުގެ ސަބަބުން ލިބިދާނެކަމަށް ކޮންޓްރެކްޓުގެ ބައިވެރިންނަށް ފެންނަ ނުވަތަ ތަސައްވަރު ނުވަތަ އިންތިޒާރުކުރެވޭ ގެއްލުމެވެ. (ޕެރ. 3(ނ))

ޝަރުޠު ޖަޒާއީ އެއްގެ ދަށުން ކަނޑައެޅޭ ބަދަލުގެ މިންވަރަކީ، ގެއްލުމަކާއި އެކަށީގެންވާ މުނާސިބު ބަދަލަކަށް ވާންޖެހޭނެއެވެ. އެބަދަލު ކަނޑައެޅުމުގައި 'ތަޢައްސުފު' ވެ، ލިބޭ ގެއްލުމާއި ނުބައްދަލު އެކަށީގެންވާ މިންވަރަށްވުރެ މާބޮޑު މިންވަރެއްގެ ބަދަލު ކަނޑައެޅުމަކީ އިސްލާމީ ޝަރީޢަތާއި، މިޒަމާނުގެ ޤާނޫނީ ނިޒާމްތަކުގައި އިސްތިޤްރާރުވެފައިވާ އަޙްކާމްތަކާއި ކަނޑައެޅިގެން ތަޢާރުޟުވާކަމެކެވެ. (ޕެރ. 3(ނ))

ކޮންޓްރެކްޓެއްގައި ހިމެނޭ 'ޝަރުތު ޖަޒާއީ' އެއްގެ ދަށުން ނެގުމަށް އެއްބަސްވެވޭ ގެއްލުމުގެ ބަދަލުގެ މަޝްރޫޢިއްޔަތުކަން ދެމިގެން އަންނަނީ 'ލާ ޟަރަރަ ވަލާ ޟިރާރަ' މި ނައްޞުންނެވެ. އެހެންކަމުން، ޝަރުޠު ޖަޒާއީގެ ދަށުން ނެގޭ ބަދަލަކީ 'ތަޢައްސުފު' ކޮށް ނެގޭ، ލިބިދާނެކަމަށް ބެލެވޭ ޙަޤީޤީ ގެއްލުމަކާ ނުވަތަ ފާއިތުވެދާނެ މަސްލަޙަތަކާ ނުވަތަ ފާއިދާއަކާ ނުބައްދަލު އެކަށީގެންވާ މިންވަރަށްވުރެ މާ ބޮޑު ބަދަލަކަށްވާނަމަ، އެއީ ސައްޙަ އަސާސެއްގެ މައްޗަށް ބިނާކޮށް ނެގޭ ބަދަލެއްކަމުގައި އިސްލާމީ ނަޒަރަކުން ނުބެލެވޭނެއެވެ. އަދި އެފަދަ ބަދަލުތައް ނެގުމަށް ޝަރުޠުކުރުމަކީ، މީހުންގެ މުދާ އެބައިމީހުންގެ ރުހުމަކާއި ނުލައި ނުޙައްޤުން އަތުލުންކަމުގައި މެނުވީ ނުވާނެއެވެ. (ޕެރ. 3(ނ))

ކޮންޓްރެކްޓުގައި ނުހިމެނޭ ޝަރްޠު ޖަޒާއީ އިންވޮއިސްގައި ހިމެނުމުގެ އާދަކާދައަކީ މިޒަމާނުގެ މުޢާމަލާތްތަކުގައި ޢާންމުވެފައިވާ ޕްރެކްޓިހެކެވެ. އެފަދަ ޝަރްޠުތަކަށް ދިވެހިރާއްޖޭގެ ޤާނޫނީ ނިޒާމުގައި މަޝްރޫޢިއްޔަތުކަން ލިބިގެންވާ އަސާސަކީ، އެ ޝަރްޠުތަކަކީ އިސްލާމީ ޝަރީޢަތާއި ޤާނޫނުގެ ޙުދޫދުގެ ތެރޭގައި، ކޮންޓްރެކްޓުގެ ބައިވެރިންގެ ރުހުމާއި އިޚްތިޔާރުގައި ކުރެވޭ ޝަރްޠުތަކަކަށް ވުމެވެ. (ޕެރ. 3(ރ))

އިންވޮއިސްގައި ހިމަނާފައިވާ ޝަރްޠު ޖަޒާއީގެ ދަށުން ކަނޑައަޅާފައިވާ ޖޫރިމަނާ ފައިސާ ދެއްކުން ފައިސާ ދައްކަންޖެހޭ ފަރާތުގެ މައްޗަށް ލާޒިމްވާނީ، އެފަރާތުން ސަރީޙަކޮށް ނުވަތަ ޟިމްނީކޮށް ނަމަވެސް އެ ޝަރްޠު ޖަޒާއީއާ ރުހި ޤަބޫލުވާނަމައެވެ. (ޕެރ. 3(ރ))

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

  • ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 23 ވަނަ މާއްދާ
  • 2015/SC-A/16
  • 2015/HC-A/177
  • 2013/SC-A/27

ފަނޑިޔާރުން

ބެންޗު
ޢަބްދުﷲ ދީދީ، ޝުޖާޢު ޢުޘްމާން، ޢަލީ ސަމީރު
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

g ދިވެހިރާއްޖޭގެ ހައިކޯޓު ދިވެހިރާއްޖެ ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ  ޤަޟިއްޔާ ނަންބަރު: 340A/-/HC5201  އިސްތިއުނާފުކުރި ފަރާތް: * ނަން: ހަބް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް * ދާއިމީ އެޑްރެސް: […] * ރަޖިސްޓްރޭޝަން ނަންބަރު: 503/2009-C * މިހާރުގެ އެޑްރެސް:[…] * ނަން: މާލޭ ވޯޓަރ އެންޑް ސެވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް * ދާއިމީ އެޑްރެސް: […] * މިހާރުގެ އެޑްރެސް: […] * ނިމުނު ތާރީޚް: 26 ޞަފަރ 3312 33 އޮކްޓޯބަރ 3235 26 އޮކްޓޯބަރ 3233  އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: ސިވިލް ކޯޓުގެ ނަންބަރު 4C/201-/Cv1463 ޤަޟިއްޔާ  ނިންމެވި ކޯޓު: ސިވިލް ކޯޓު  މައްސަލައިގެ ބާވަތް: ފައިސާ ހޯދުމުގެ މައްސަލަ  ހުށަހެޅި ތާރީޚް: 1.32332.23 * ނިމުނު ތާރީޚް: .323536.21  މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް: އިސްފަނޑިޔާރު ޢަބްދުﷲ ދީދީފަނޑިޔާރު ޝުޖާޢު ޢުޘްމާންފަނޑިޔާރު ޢަލީ ސަމީރު (ރިޔާސަތު)  ދަޢުވާގެ ޚުލާޞާ: މިއީ ސިވިލް ކޯޓުގެ ނަންބަރ 1463/Cv-C/2014 ޤަޟިއްޔާ، އެ ކޯޓުން ނިންމާފައިވަނީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށް ބުނެ އެ ޤަޟިއްޔާ އިސްތިއުނާފކުރުމަށު އެދި، ހަބް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލިފައިވާ ޤަޟިއްޔާއެކެވެ. މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ މާލޭ ވޯޓަރ އެންޑް ސެވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްއެވެ.  ފާހަގަކުރެވުނު ނުކުތާތައް:

3. އިސްތިއުނާފުކުރެވޭ ސިވިލް ކޯޓުގެ ނަންބަރު 1463/Cv-C/2014 ޤަޟިއްޔާއަކީ، ހަބް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (ރަޖިސްޓްރީ ނަންބަރު 2009503/-C) ގެ ނަންބަރު 1551HC/IN/ އިންވޮއިސްގައި ބަޔާންކޮށްފައިވާ ޚިދުމަތް މާލޭ ވޯޓަރ އެންޑް ސެވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (ރަޖިސްޓްރީ ނަންބަރު 9567/-C) ގެ ފަރާތުން ހޯދައި އެ ޚިދުމަތުގެ އަގު އަދާކޮށްފައިނުވާތީ އެޚިދުމަތުގެ އަގު ކަމުގައިވާ -/32،312 ރ. (ވިހިހާސް އެއްސަތޭކަ ސާޅިސް ރުފިޔާ) އާއި، އިންވޮއިސްގައިވާ ތާރީޚަށް އަގު އަދާކޮށްފައިނުވާތީ ޖޫރިމަނާގެ ގޮތުގައި މިމައްސަލައިގެ ޙުކުމްކުރާ ދުވަހާހަމައަށް ދައްކަންޖެހޭ ފައިސާއާއިއެކ އެއްފަހަރާ ހަބް ކޮމްޕެނީ ޕީރައިވެޓް ލިމިޓެޑަށް ދައްކައި ޚަލާޞ ކުރުމަށް މާލޭ ވޯޓަރ އެންޑް ސެވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގްމައްޗަށް އަމުރުކޮށްދެއްވުން އެދެ ހަބް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގްފަރާތުނ ދަޢުވާކުރުމުން ސިވިލް ކެޓުނ ބެލުނު މައްސަލައއްކަމާއި، އެޤަޟިއޔާ ނިންމާފައިވަނީ"ދެންފަހެ، ހަބް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (ރަޖިސްޓްރީ ނަންބަރ 2009503/-C) ގެ ނަންބަރު 1551HC/IN/ އިންވޮއިސްގައި ބަޔާންކޮށްފައިވާ ޚިދުމަތް މާލޭ ވޯޓަރ އެންޑް ސެވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (ރަޖިސްޓްރީ ނަންބަރު 9567/-C) ގެ ފަރާތުން ހޯދައި އެ ޚިދުމަތުގެ އަގު އަދާކޮށްފައިނުވާތީ އެޚިދުމަތުގެ އަގު ކަމުގައިވާ -/32،312 ރ. (ވިހިހާސް އެއްސަތޭކަ ސާޅިސް ރުފިޔާ) އާއި، އިންވޮއިސްގައިވާ ތާރީޚަށް އަގު އަދާކޮށްފައިނުވާތީ ޖޫރިމަނާގެ ގޮތުގައި މިމައްސަލައިގ ޙުކުމްކުރާ ދުވަހާހަމައަށް ދައްކަންޖެހޭ ފައިސާ އާއިއެކު އެއްފަހަރާ ހަބް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްށް ދައްކައި ޚަލާޞް ކުރުމަށް މާލޭ ވޯޓަރ އެންޑް ސެވަރޭޖި ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް އަމުރުކޮށްދެއްވުން އެދޭ ހަބް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން ދަޢުވާކޮށްފައިވީހިނދު، ދަޢުވާ ފޯމާއެކު ހަބް ކޮމްޕެނީ ޕްރައިވެޓ ލިމިޓެޑުން ހުށަހަޅާފައިވާ އެކުންފުނީގެ ނަންބަރ 1551HC/IN/ އިންވޮއިސްގައިވާ ޕްރިންސިޕަލް އަދަދަކީ މާލޭ ވޯޓަރ އެންޑް ސެވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދައްކަންޖެހޭ ފައިސާއެއްކަން ޤަބޫލުކުރާކަމަށާއި ނަމަވެސް އެ އިންވޮއިސްގައިވާ އިންޓަރެސްޓަކީ ދައްކަންޖެހޭ ފައިސާއެއްނޫންކަމުގައިބުނެ މާލޭ ވޯޓަރ އެންޑް ސެވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އިންކާރުކޮށް ޝަރީޢަތަށް ބަޔާންދީފައިވާކަމާއި، އެހެންކަމުން ހަބް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ނަންބަރު 1551HC/IN/ އިންވޮއިސްގައިވާ -/312،32ރ. (ވިހިހާސް އެއްސަތޭކަ ސާޅިސް ރުފިޔާ) އަކީ މާލޭ ވޯޓަރ އެންޑް ސެވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑު ގެ ފަރާތުން ދައްކަންޖެހޭ ފައިސާއެއްކަން ޝަރީޢަތަށް ޘާބިތުވާކަމުގައި ކަނޑައަޅައި، ދަޢުވާ ފޯމާއެކު ހުށަހަޅާފައިވާ އިންވޮއިސްގައިވާ ޚިދުމަތުގެ އަގު އަދާކުރުމަށް ދީފައިވާ މުއްދަތުގައި އަގު އަދާކޮށްފައި ނުވާތީ އިންވޮއިސްއާ އެއްގޮތަށް ޖޫރިމަނާ ލިބިގަތުމަށް ހަބް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑނު އެދިފައިވާއިރު، މުދަލުގެ އަގު އަދާކުރާނެ މުއްދަތަކާމެދު ދެފަރާތުން އެއްބަސްވެފައިވާކަން އެނގެން ނެތްކަމާއި، ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުގެ ނަންބަރު 2013/SC-A/27 ޤަޟިއްޔާ މިމައްސަލައަށް ތަޠުބީޤުކުރާއިރު އިންވޮއިސްގައިވާ ޖަޒާއީ ޝަރުޠުގައިވާ ޖޫރިމަނާ ނަންގަވައި ދެއްވާފައިވަނީ މުދަލުގެ އަދާކުރާނެ މުއްދަތަކާމެދު ދެފަރާތުގެ މެދުގައި އެއްބަސްވުމެއްއޮވެ އެއެއްބަސްވުމުގައި ކަނޑައަޅާފައިވާ މުއްދަތު ފަހަނައަޅައި ދިއުމުންވެސް އަގު އަދާނުކުރާ ހާލަތުގައިކަން ބުނެވިދިޔަ ޤަޟިއްޔާގެ ފާހގަކުރެވުނަ ނުކުތާތަކުގެ 3 ވަނަ ނުކުތާއިން އެނގެން އޮންނާތީވެ، މިމައްސަލާގައި މުދަލުގެ އަގު އަދާކުރާނެ މުއްދަތަކާމެދު ދެފަރާތުން އެއްބަސްވެފައިވާކަން އެނގެން ނެތުމުގެ އިތުރުން މިދެފަރާތުން ކުރިން ޢަމަލުކޮށްފައިވާނަމަ އެގޮތަކުންވެސް ޖޫރިމަނާގެ ފައިސާ ދައްކާފައިވާކަން ޝަރީޢަތަށް ޘާބިތުކޮށްދެވިފައިނުވާތީވެ ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުގެ ނަންބަރު 2013/SC-A/27 ޤަޟިއްޔާއާއި މިމައްސަލައިގެ ޙާލަތު ތަފާތުކަމާއި، އެހެންކަމުން ހަބް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑގް ނަންބަރު 1551HC/IN/ އިންވޮއިސްގައިވާ އިންޓްރެސްޓު ނަގައި ދޭނެ ޝަރުއީ އަދި ޤާނޫނީ ހަމައެއް ނެތްކަމުގައި ކަނޑައަޅައި، ހަބް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ނަންބަރ 1551HC/IN/ އިންވޮސްގައިވާ -/312،32ރ. (ވިހިހާސް އެއްސަތޭކަ ސާޅިސް ރުފިޔާ) ހަބް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ލިބިދިނުމަށްޓަކައި މިއަދު 36 އޯގަސްޓް 3235 ދުވަހުން ފެށިގެން 35 (ފަނަރަ) މަސްދުވަހުގެ މުއްދަތުގައި ސިވިލް ކޯޓަށް ދައްކައި ޚަލާސްކުރުމަށް މާލޭ ވޯޓަރ އެންޑް ސެވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (ރަޖިސްޓްރީ ނަންބަރު 9567/-C) އަށް އަންގައި" ޙުކުމްކޮށްފައިވާކަން އެ ޤަޟިއްޔާއަށް ބެލުމުން އެނގެން އންނަކަމޮ ވެ.

3. ސިވިލް ކޯޓުގެ ނަންބަރު 1463/Cv-C/2014 ޤަޟިއްޔާ އެ ކޯޓުން ނިންމފައިވަނާ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށް ބުނެ ހަބް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން އެ ޤަޟިއްޔާ އިސްތިއުނާފު ކުރަމުން 23 (ދއް) ނުކުތއެއާ ފާހަގަކޮށް، އެ ނުކުތާތަކާމެދު ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ.  ފުރަތަމަ ނުކުތާއަކީ، އިސްތިއުނާފުކުރާ ފަރާތުގެ ނަންބަރު 1551HC/IN/ އިންވޮއިސްގައި ކަނޑައަޅާފައިވާ މުއްދަތުގައި ފައިސާ އަދާ ނުކުރުމުގެ ސަބަބުން އިސްތިއުނާފުކުރް ފަރާތަށް ލިބެންޖެހޭ ޖޫރިމަނާގެ ފައިސާ ނަގައިދެވޭނެ ތަނެއް ނެތްކަމަށް ސިވިލް ކޯޓުގެ ނަންބަރު 1463/Cv-C/2014 ޤަޟިއްޔާގައި ޙުކުމްކޮށްފައިވަނީ ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުގެ ނަންބަރު 2013/SC-A/27 ޤަޟިއްޔާގެ ފަނޑިޔާރުންނަށް ފާހަގަކުރެއްވުނު ނުގުތާތަކުގެ 2، 1 އަދި 3 ވަނަ ނަންބަރުގައި ފަނޑިޔާރުން ފާހާގަކުރައްވާފައިވާ މަބާދިއުތަކާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާ.  ދެވަނަ ނުކުތާއަކީ، ހަވާލާދެވުނު އިންވޮއިސްގެ އަގު އަދާކުރާނެ މުއްދަތަކާމެދު ދެފަރާތުން އެއްބަސްވެފައިނުވާކަމަށް ކަނޑައަޅާފައިވަނީ އިސްތިއުނާފުލިބޭ ފަރާތުން ފޮނުވާފައިވާ ނަންބަރު 1522223131 ޕާރޗޭސް/ސާވިސް އޯޑަރގައި ކަނޑައަޅާފައިވާ "ޓަރމްސް އޮފް ޕޭމަންޓް" އަށާއި، ވިޔަފާރީގެ އާންމު އަސާސްތަކަށް ރިޢާޔަތް ނުކޮށްކަމަށްބުނެ ހުށަހެޅި ނުކުތާ.

2މި މައްސަލައާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދެފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި ސިވިލް ކޯޓުގެ ނަންބަރު 1463/Cv-C/2014 ޤަޟިއްޔާއަށާއި، މި މައްސަލައާ ގުޅޭ ގޮތުން ޝަރީޢަތަށް ހުށަހެޅިފައިވާ މި މައްސަލައާ ގުޅޭ ލޔި ކިއުންތަކަށް ބަލާއިރު، އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.

(ހ) ފުރަތަމަ ކަމަކީ، އިސްތިއުނާފުކުރެވޭ މައްސަލާގައި ކަންހިނގާދިޔަ ގޮތަށް ރިޢާޔަތްކުރިއިރު، ހަބް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (ރަޖިސްޓްރީ ނަންބަރު 2009503/-C) ގެ ނަންބަރު 1551HC/IN/ އިންވޮއިސްގައި ބަޔާންކޮށްފައިވާ ޚިދުމަތް މާލޭ ވޯޓަރ އެންޑް ސެވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (ރަޖިސްޓްރީ ނަންބަރު 9567/-C) ގެ ފަރާތުން ހޯދައި އެ ޚިދުމަތުގެ އަގު އަދާކޮށްފައިނުވާތީ އެޚިދުމަތުގެ އަގު ކަމުގައިވާ -/32،312 ރ. (ވިހިހާސް އެއްސަތޭކަ ސާޅިސް ރުފޭ ޔާ) އާއި، އިންވޮއިސްގައިވާ ތާރީޚަށް އަގު އަދާކޮށްފައިނުވާތީ ޖޫރިމަނާގެ ގޮތުގައި މިމައްސަލައިގެ ޙުކުމްކުރާ ދުވަހާހަމައަށް ދައްކަންޖެހޭ ފައިސާއާއިއެކު އެއްފަހަރާ ހަބް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ދައްކައި ޚަލާޞީކުރުމަށް މާލޭ ވޯޓަރ އެންޑް ސެވަރޭޖް ކޮމްޕެނި ޕްރައިވެޓް ލިމިޓެޑގް މައްޗަށް އަމުރުކޮށްދިނުމަށް އެދެ ހަބް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ގ ފަރާތުނުސިވިލް ކޯޓުގ ނަންބަރ 1463/Cv-C/2014 ޤަޟިއްޔާއިން ދަޢުވާކޮށްފައިވާކަމާއި، އެ ޤަޟިއްޔާގައި، ދަޢުވާ ފޯމާއެކު ހަބް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ހުށަހަޅާފައިވާ އެކުންފުނީގެ ނަންބަރ 1551HC/IN/ އިންވޮއިސްގައިވާ ޕްރިންސިޕަލް އަދަދަކީ މާލޭ ވޯޓަރ އެންޑް ސެވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދައްކަންޖެހޭ ފައިސާއެއްކަން ޤަބޫލުކުރާކަމަށާއި ނަމަވެސަ އެ އިންވޮއިސްގައިވާ އިންޓަރެސްޓަކީ ދައްކަންޖެހޭ ފައިސާއެއްނޫންކަމުގައިބުނެ މާލޭ ވޯޓަރ އެންޑް ސެވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އިންކާރުކޮށް ޝަރީޢަތަށް ބަޔާންދީފައިވާކަމާއި، އެހެންކަމުން ހަބް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ނަންބަރު 1551N/HC/I އިންވޮއިސްގައިވާ -/32،312 ރ. (ވިހިހާސް އެއްސަތޭކަ ސާޅިސް ރުފިޔާ) އަކީ މާލޭ ވޯޓަރ އެންޑް ސެވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުނ ދައްކަންޖެހޭ ފައިސާއެއްކަން ޝަރީޢަތަށް ޘާބިތުވާކަމުގައި ކަނޑައަޅައފައިވާކަން އެނގެން އޮންނަކަމާއި، ދަޢުވާ ފޯމާއެކު ހުށަހަޅާފައިވާ އިންވޮއިސްގައިވާ ޚިދުމަތުގެ އަގު އަދާކުރުމަށް ދީފައިވާ މުއްދަތުގައި އަގު އަދާކޮށްފައި ނުވާތީ އިންވޮއިސްއްއ އެއްގޮތަށް ޖޫރިމަނާ ލިބިގަތުމަށް ހަބް ކޮމްޕެނީ ޕްރައިވެޓ ލިމިޓެޑުން އެދިފައިވާއިރު، މުދަލުގެ އަގު އަދާކުރާނެ މުއްދަތަކާމެދު ދެފަރު ތުން އެއްބަސްވެފައިވާކަން އެނގެން ނެތްކަމާއި، ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުގެ ނަންބަރ 2013/SC-A/27 ޤަޟިއްޔާ މިމައްސަލައަށް ތަޠުބީޤުކުރާއިރު އިންވޮއިސްގައިވާ ޖަޒާއީ ޝަރުޠުގައިވާ ޖޫރިމަނާ ނަންގަވައި ދެއްވާފައިވަނީ މުދަލުގެ އަދާކުރާނެ މުއްދަތަކާމެދު ދެފަރާތު ގެ މެދުގައި އެއްބަސްވުމެއްއޮވެ އެއެއްބަސްވުމުގައި ކަނޑައަޅާފައިވާ މުއްދަތު ފަހަނައަޅައި ދިއުމުންވެސް އަގު އަދާނުކުރާ ހާލަތުގައިކަން ބުނެވިދިޔަ ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކުގެ 3 ވަނަ ނުކުތާއިން އެނގެން އޮންނާތީވެ، މިމައްސަލާގައި މުދަލުގެ އަގު އަދާކުރާނެ މުއްދަތަކާމެދު ދެފަރާތުން އެއްބަސްވެފައިވާކަން އެނގެން ނެތުމުގެ އިތުރުން މިދެފަރާތުން ކުރިން ޢަމަލުކޮށްފައިވާނަމަ އެގޮތަކުންވެސް ޖޫރިމަނާގެ ފައިސާ ދައްކާފައިވާކަން ޝަރީޢަތަށް ޘާބިތުކޮށްދެވިފައިނުވާތީވެ ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުގެ ނަންބަރު 27A/-2013/SC ޤަޟިއްޔާއާއި މިމައްސަލައިގެ ޙާލަތު ތަފާތުކަމާއި، އެހެންކަމުން ހަބް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ގެ ނަންބަރު 1551HC/IN/ އިންވޮއިސްގައިވާ އިންޓްރެސްޓު ނަގައިދޭނެ ޝަރުއީ އަދި ޤާނޫނީ ހަމައެއް ނެތްކަމުގައި ކަނޑައަޅައި، ހަބް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑގް ނަންބަރު 1551HC/IN/ އިންވޮސްގައިވާ -/312،32ރ. (ވިހިހާސް އެއްސަތޭކަ ސާޅިސް ރުފިޔާ) ހަބް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑށަ ލިބިދިނުމަށްޓަކައި މިއަދު 36 އޯގަސްޓް 3235 ދުވަހުން ފެށިގެން 35 (ފަނަރަ) މަސްދުވަހުގެ މުއްދަތުގއަ ސިވިލް ކޯޓަށް ދައްކައި ޚަލާޞްކުރުމަށް މާލޭ ވޯޓަރ އެންޑް ސެވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (ރަޖިސްޓްރީ ނަންބަރު 9567/-C) އަށް އަންގައި ޙުކުމްކޮށްފައިވާކަން އެނގެން އޮންނަކަމެވެ.

(ށ) ދެވަނަ ކަމަކީ، ހަބް ކޮމްޕެނުޕްރައިވެޓ ލިމިޓެޑްގެ ނަންބަރ 1551HC/IN/ އިންވޮއިސްއަކީ މާލޭ ވޯޓަރ އެންޑް ސެވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ކުއްޔަށް ގެންދިޔަ ތަކެއްޗާއި ޚިދުމަތުގެ އަގަށް ހަދާފައިވާ އިންވޮއިސްއެއްކަން އެނގެން އޮންނަކަމާއި، އިޝާރާތްކުރެވުނު އިންވޮއިސްގައި އެއިންވޮއިސް ލިބޭތާ 22 (ތިނެއް) ދުވަހުގެ މުއްދަތުގައި އެއިންވޮއިސްގައިވާ ފައިސާ ހަބް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްއަށް ނުދައްކައިފިނަމަ ދުވަލާކަށް %5 (ފަހެއް އިންސައްތަ) ގެ ރޭޓުން އިންޓެރެސްޓް ނެގޭނެކަމަށް ބަޔާންކޮށްފައިވާކަން އެނގެން އޮންނައިރު، އިންވޮއިސްގައިވާ ޖުމްލަ އަގުކަމުގައިވާ -/312،32ރ. (ވިހިހާސް އެއްސަތޭކަ ސާޅިސް ރުފިޔާ) އަކީ މާލޭ ވޯޓަރ އެންޑް ސެވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހަބް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑއަށް ދައްކަންޖެހޭ ފައިސާކަމަށް ބުނެ އެކުންފުނީގެ ފަރާތުން އިޢތިރާފްވެފައިވާކަމާއި، އެހެންނަމަވެސް އިންވޮއިސްގައި، އިންޓެރެސްޓްގެ ގޮތުގައި ދައްކަންޖެހޭ ފައިސާއަކީ މާލޭ ވޯޓަރ އެންޑް ސެވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދައްކަންޖެހޭ ފައިސާއެއްނޫންކަމަށްބުނެ އެކުންފުނީގެ ފަރާތުން އެފައިސާއަށް އިންކާރުކޮށްފައިވާކަން އެނގެން އޮންނަކަމާއި، ހަބް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ފޮނުވި ނަންބަރ 1551HC/IN/ އިންވޮއިސްއަށް ފައިސާ ދެއްކުން ލަސްވެފައިވަނީ އިންވޮއިސްގައިވާ އަދަދާއި މާލޭ ވޯޓަރ އެންޑް ސެވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްއިން ޚިދުމަތަށް އެދި ފޮނުވި ނަންބަރު 1522223131 ޕާރޗޭސް އޯޑަރ ގައިވާ އަދަދު ދިމާނުވާތީކަމާއި، ނަމަވެސް އިތުރަށް ބިލްކޮށްފައިވާ އަދަދަކީ މާލޭ ވޯޓަރ އެންޑް ސެވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްއިން ހޯދާފައިވާ ޚިދުމަތެއްކަން ޔަޤީންވުމުން އެމައްސަލަ ޙައްލުކޮށް، އިންވޮއިސްގެ ޖުމްލަ އަދަދަށްވާ -/312،32ރ. (ވިހިހާސް އެއްސަތޭކަ ސާޅިސް ރުފިޔާ) ގެ ޗެކެއް 31 އޮގަސްޓް 3233 ވަނަ ދުވަހު ހަބް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްއަށް ހުށަހެޅުމުން އިންވޮއިސް ބަލައިގަންނާނީ އިންޓަރެސްޓްގެ ފައިސާއާއެކުކަމަށް ބުނެ އެޗެކް ބަލައިގަތުމަށް ހަބް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑގް ފަރާތުން އިންކާރުކޮށްފައިވާކަމާއި، އިންޓްރެސްޓް ފައިސާއަކީ މާލޭ ވޯޓަރ އެންޑް ސެވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑގް ފަރާތުން ދައްކަންޖެހޭ ފައިސާއެއްނޫންކަމަށް ބުނެ އެފައިސާއަށް އިންކާރުކޮށްފައިވާކަން އެކުންފުނީގެ ފަރާތުން ހަބް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްއަށް ފޮނުވި ނަންބަރު 301150/2012/-MWSC (22 އޮގަސްޓް 3233) ސިޓީއަށް ބެލުމުން އެނގެން އޮންނައިރު، ހަބް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން މިސިޓީ އެކުންފުންޏަށް ލިބިފައިވާކަން އެކުންފުނީގެ ލިޔުންތަކަށް ބެލެމުން އެނގެން ނެތްކަމަށް އެކުންފުނީގެ ފަރާތުން ބުނެފައިވާކަމާއި، އެހެންނަމަވެސް އިންވޮއިސްގައިވާ ފައިސާ ހަބް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްއަށް ރައްދުކުރުމަށްޓަކައި މާލޭ ވޯޓަރ އެންޑް ސެވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން ފޯނުގެ ޒަރީޢާއިންވެސް މަސައްކަތްކޮށްފައިވާކަމާއި، އެހެންނަމެވެސް އެފައިސާ ބަލައިގަންނާނީ އިންޓްރެސްޓާއެކުކަމށް ބުނެ އެފައިސާއާއި ހަވާލުވުމަށަ ހަބް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން އިންކާރުކޮށްފައިވާކަމަށް މާލޭ ވޯޓަރ އެންޑް ސެވަރޭޖް ކޮމްޕެނީ ޕްރައިވެޓ ލިމިޓެޑްގެ ފަރާތުން ބުނެފައިވާކަން އެނގެން އޮންނަކަމެވެ.

(ނ) ތިންވަނަ ކަމަކީ،"ޝަރުޠު ޖަޒާއީ" (clause penalty) ގެ މަފްހޫމަށް ބަލާއިރު، ޝަރުތު ޖަޒާއީ އަކީ، ކޮންޓްރެކްޓެއްގެ ދަށުން އެކޮންޓްރެކްޓުގެ ބައިވެރިއެއްގެ މައްޗަށް އަދާކުރުން ލާޒިމްވެގެންވާ އިލްތިޒާމެއް އަދާނުކުރުމުގެ ސަބަބުން ނުވަތަ އެ އިލްތިޒާމެއް އަދާކުރުމަށް ކަނޑައެޅިފައިވާ މުއްދަތުގައި އަދާނުކޮށް ލަސްކުރުމުގެ ސަބަބުން ކޮންޓްރެކްޓުގެ އަނެއް ބައިވެރިޔާއަށް ޙައްޤުވާ ގެއްލުމުގެ ބަދަލުގެ މިންވަރު ކުރިއާލައި ކަނޑައަޅައި، ބަދަލު ޙައްޤުވާ ފަރާތަށް އެ ބަދަލު ދިނުމށަ ކޮންޓްރެކްޓުގެ ބައިވެރިންގެ މެދުގައި ވެވޭ އެއްބަސްވުމަށް ނުވަތަ ކުރެވޭ ޝަރުތަށް ބޭނުންކުރެވޭ އިސްތިލާޙެއްކަން އެނގެން އޮންނައިރު، ޝަރުޠެ ޖަޒާއީގެ ބުނެވުނު މަފްހޫމުގެ މައްޗަށް ރިޢާޔަތްކޮށް، ކޮންޓްރެކްޓެއްގެ ދަށުން އުފެދޭ އިލްތިޒާމެއް އަދާނުކުރުމުގެ ސަބަބުން ނުވަތަ އަދާކުރުން ލަސްވުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލުގެ މިންވަރު ވަޒަންކޮށް އެ ބީދަލު ނެގުމާމެދު އެއްބަސްވުމުގެ ބާރާއި އިޚްތިޔާރު ކޮންޓްރެކްޓްގެ ބައިވެރިންނަށް ލިބިގެންވީ ނަމަވެސް، އެބާރާއި އިޚްތިޔާރަކު އެއްވެސް ޝަރުޢް އަދި ޤާނޫނީ ޤައިދެއް ނެތި، މުޠީ ލަޤު ގޮތަކަށް ބޭނުންކުރެވޭނެ ބާރަކާއި އިޚްތިޔާރެއް ނޫންކަމަށާއި، ދިވެހިރާއްޖޭގެ ޤާނޫނާނިޒާމުގައި، ކޮންޓްރެކްޓުގައި ހިމެނުން ހުއްދަކުރާ ޝަރުޠެ ތައް ވާންޖެހޭނީ އިސްލާމީ ޝަރީޢަތުގަޔާއި، ޤާނޫނުގައި ކަނޑައެޅި ބަޔާންވެގެންވާ "ޤަތުޢީ" އަޙްކާމްތަކާއި ޚިލާފުނުވާ ޝަރުތުތަކަކަށް ކަން އެނގެން އޮންނަކަމަށާއި، ކޮންޓްރެކްޓުގެ ބައިވެރިއަކު އ ކޮންޓްރެކްޓުގެ ދަށުން އަދާކުރަންޖެހޭ އިލްތިޒާމެއް އަދާނުކުރުމުން ނުވަތަ އަދާނުކޮށް ލަސްކުރުމުން އޭގެ ސަބަބުން ގެއްލުންވާ ކޮންޓްރެކްޓުގެ އަނެއް ބައިވެރިޔާއަށް ޙައްޤުވާ ގެއްލުމުގެ ބަދަލު ކަނޑައެޅުމުގައި ރިޢާޔަތްކުރަންޖެހޭނީ ޤާނޫނު ނަންބަރ 33/ 1 (ކޮންޓްރެކްޓާބެހޭ ޤާނޫނު)ގ32 ވަނަ މާއްދާގައި ކަނޑައަޅައި ބަޔާންވެގެން އޮންނަގޮތުގެ މައްޗަށްކަމަށާއި، އެމާއްދާގެ (ހ) ގައިވާ ގޮތުން ބަދަލު ދޭންޖެހޭނެ ގެއްލުމަކީ ކޮންޓްރެކްޓާއި ޚިލާފުވުމުގެ ސަބަބުން ސީދާ ލިބޭ ގެއްލުންކަމަށާއި، އެމާއްދާގެ (ށ) އަށް ބެލުމުން އެއީ އެފަދަ ޚިލާފު ޢަމަލެއް ކުރުމުން ލިބިދާނެކަމަށް ކޮންޓްރެކްޓުގެ ބައިވެރިންނަށް އެނގިފައިވާ ގެއްލުންކަމަށާއި، ކޮންޓްރެކްޓާއި ޚިލާފު ޢަމަލެއް ކުރުމުން ލިބިދާނެކަމަށް ލިބޭ ގެއްލުން ވަޒަންކުރުމުގައި ރިޢާޔަތްކުރަންޖެހޭ މައިގަނޑު ދެ ބާވަތެއްގެ ގެއްލުން ބަޔާންކޮށްފައިވާކަމަށާއި، ފުރަތަމް ބާވަތަކީ: ކޮންޓްރެކްޓާއި ޚިލާފުވުމުގެ ސަބަބުން ލިބޭ ސީދާ ނުވަތަ ޙަޤީޤީ ގެއްލުންކަމަށާއި ދެވަނަ ބާވަތަކީ؛ ކޮންޓްރެކްޓާއި ޚިލާފުވުމުގެ ސަބަބުނ ލިބިދާނެކަމަށް ކޮންޓްރެކްޓުގެ ބައިވެރިންނަށް ފެންނަ ނުވަތަ ތަސައްވަރު ނުވަތަ އިންތިޒާރުކުރެވޭ ގެއްލުންކަމަށާއި، އަދި މިފަދައިން ކަން ވެފައިވާކަން ސާބިތުވެއްޖެން މ މިފަދަ ޝަރުޠް ޖަޒާއީ އެއްގެ ދަށުނ ކަނޑައެޅޭ ބަދަލުގެ މިންވަރަކީ، އިޝާރާތްކުރެވުނުފަދަ ގެއްލުމަކާއި އެކަށީގެންވާ މުނާސިބު ބަދަލަކަށް ވާންޖެހޭނެކަމަށާއި، އެބަދަލު ކަނޑައެޅުމުގައި "ތަޢައްސުފު" /abuse)(arbitrariness ވެ، ލިބޭ ގެއްލުމާއި ނުބައްދަލު އެކަށީގެންވާ މިންވަރަށްވުރެ މާބޮޑު މިންވަރެއްގެ ބަދަލު ކަނޑައެޅުމަކީ އިސްލާމީ ޝަރީޢަތާއި، މިޒަމާނުގެ ޤާނޫނީ ނިޒާމްތަކުގައި އިސްތިޤްރާރުވެފައިވާ އަޙްކާމްތަކާއި ކަނޑައެޅިގެން ތަޢާރުޟުވާކަމެއްކަމަށާއި، ކޮންޓްރެކްޓެއްގައި ހިމެނޭ "ޝަރުތު ޖަޒާއީ" އެއްގެ ދަށުން ނެގުމަށް އެއްބަސްވެވޭ ގެއްލުމުގެ ބަދަލުގެ މަޝްރޫޢިއްޔަތުކަން ދެމިގެން އަންނަނީ މާތްރަސޫލާ (ސައްލއަﷲ ޢަލައިހި ވަސައްލަމް) ޙަދީޘް ކުރައްވާފައިވާ "ލާ ޟަރަރަ ވަލާ ޟިރާރާ" މި ނައްސުންކަމަށާއި، ކީރިތި ރަސޫލާގެ ޙަދީޘް ބަސްފުޅުގައި ބަޔާންކުރެވިފައިވާ މިޤާޢިދާއަށް ރިޢާޔަތްކުރާއިރު، ޝަރުޠު ޖަޒާއީގެ ދަށުން ނެގޭ ބަދަލަކީ "ތަޢައްސުފު" ކޮށް ނެގޭ، ލިބިދާނެކަމަށް ބެލެވޭ ޙަޤީޤީ ގެއްލުމަކާ ނުވަތަ ފާއިތުވެދާނެ މަސްލަޙަތަކާ ނުވަތަ ފާއިދާއަކާ ނުބައްދަލު އެކަށީގެންވާ މިންވަރަށްވުރެ މާ ބޮޑު ބަދަލަކަށްވާނަމަ، އެއީ ސައްޙަ އަސާސެއްގެ މައްޗަށް ބިނާކޮށް ނެގޭ ބަދަލެއްކަމުގައި އިސްލާމީ ނަޒަރަކުން ނުބެލެވޭނެކަމަށާއި އެފަދަ ބަދަލުތައް ނެގުމަށް ޝަރުޠުކުރުމަކީ އިސްލާމީ ޝަރީޢަތުގެ ނައްޞު ން ޙަރާމްކުރެވިފައިވާ، މީހުންގެ މުދާ އެބައި މީހުންގެ ރުހުމަކާއި ނުލައި ނުޙައްޤުން އަތުލުންކަމުގައި މެނުވީ ނުވާނެކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2015/SC-A/16 ޤަޟިއްޔާ އަދި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/177 ޤަޟިއްޔާގައި ފާހަގަކުރައްވާ ފައިވާކަން އެނގެން އޮންނަކަމާއި، މިމައްސަލައަށް މއުޞިލު ތަތްބީޤްކުރާއިރު، ހަބް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ނަންބަރ 1551HC/IN/ އިންވޮއިސް މާލޭ ވޯޓަރ އެންޑް ސެވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް އަށް ލިބިފައިވަނީ 26 މއ 3233 ދުވަހުކަން އިންވޮއިސްއަށް ބެލުމުން އެނގެ އޮންނަކަމާއި،މިގޮތުން އިންވޮއިސްގައިވާ އަދަދާއި ހަބް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑޭ ގެ ޕާރޗޭސް އޯޑަރުގައިވާ އަދަދު ދިމާނުވާތީ އެކަން ޙައްލުކުރުމަށްފަހްމާލ ވޯޓަރ އެންޑް ސެވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން31 އޮގަސްޓް 3233ވަނަ ދުވަހު އިންވޮއިސްގައިވާ ފައިސާ ދްއްކުމަށްޓަކައް ހަބް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑެ އަށް ޗެކެއް ދޭން އުޅުމުން އިންވޮއިސްގައިވާ ފައިސާގެ އިތުރުން ޖޫރިމަނާގެ ފައިސާއާއި ނުލައި އެޗެކް ބަލައިނުގަންނާނެކަމަށްބުނ އެފައިސާއާއި ހަބް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާ ގެ ފަރާތުން ހަވާލުވެފައިނުވާކަމާއި، މ ގޮތުން މިފައިސ ހަވާލުކުރުމަށްޓަކައި އެކި ގޮތްގޮތުން މާލޭ ވޯޓަރ އެންޑް ސެވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުނ މަސައްކަތް ކޮށްފައިވާކަމާއި، މިކަނު މާލޭ ވޯޓަރ އެންޑް ސެވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ނަންބަރ 50/2012/3011-MWSC (22 އޮގަސްޓް 2333) ސިޓީއަށް ބެލުމުން އެނގެން އޮންނަކަމެވެ.

(ރ) ހަތަރުވަނަ ކަމަކީ،ކޮންޓްރެކްޓުގައި ނުހިމެނޭ ޝަރްޠު ޖަޒާއީ އިންވޮއިސްގައި ހިމެނުމުގެ އާދަކާދައަކީ މިޒަމާނުގެ މުޢާމަލާތްތަކުގައި ޢާންމުވެފައިވާ، އަދި ތަފާތު ޖުރިސްޑިކްޝަންތަކުންނާއި، ދިވެހިރާއްޖޭގެ ޝަރްޢީ ކ ޓުތަކުން ބަލައިގެންފައިވާ ޕްރެކަ ޓިހެއްކަމާއި، އެފަދަ ޝަރްޠުތަކަށް ދިވެހިރާއްޖޭގ ޤާނޫނީ ނިޒާމުގައި މުޝްރޫޢިއްޔަތުކަން ލިބެ ގެންވާ އަސާސަކީ، އެޝަރްޠާތަކަކީ އިސްލާމީ ޝަރީޢަތާއި ޤާނޫނުގެ ޙުދޫދުގެ ތެރޭގައި، ކޮންޓްރެކްޓުގެ ބައިވެރިންގެ ރުހުމްއި އިޚްތިޔާރުގައި ކުރެވޭ ޝަރްޠތަކަކަށް ވުންކަނ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2015/SC-A/16 ޤަޟިއްޔާއަށް ބެލުމނު އެނގެން އޮންނައިރު، ހަބް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން ފޮނުވާފައިވާ އެކުންފުނީގެ ނަންބަރު 1551HC/IN/ އިންވޮއިސްގައިވާ ޖުމްލަ ފައިސާދައްކަން ކަނޑައަޅާފައިވާ މުއްދަތުގައި އެފައިސާ ދެއްކުން ލަސްވާ ހާލަތުގައި، އެއިންވޮއިސްގައި ހިމަނާފައިވާ ޝަރްޠު ޖަޒާއީގެ ދަށުން ކަނޑައަޅާފައިވާ ޖޫރިމަނާ ފައިސާ، ދެއްކުން މާލޭ ވޯޓަރ އެންޑް ސެވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ލާޒިމްވާނީ އެކުންފުނިން ސަރީޙަކޮށް ނުވަތަ ޟިމްނީކޮށް ނަމަވެސް އެ ޝަރްތު ޖަޒާއީ އާ ރުހި ޤަބޫލުވާނަމަކަމާއި، އެހެންނަމެވެސް މާލޭ ވޯޓަރ އެންޑް ސެވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން މިކަމަށް ރުހިޤަބޫލޫވެފައިވާކަން އެއްވެސް ގޮތަކަށް އެނގެން ނެތްކަމެވެ. ވީމާ، އިސްވެ ބަޔާންވެދިޔަ ސަބަބުތައް އެގޮތަށް ހުރުމާއިއެކު އިސްތިއުނާފުކުރެވޭ ސިވިލް ކޯޓުގ ނަންބަރ 1463/Cv-C/2014 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭ ތަނެއްނެތްކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގައި މި މައްސަލަ ބެލުމުގައި ބައިވެރިވި ފަނޑިޔާރުންނަށް އެއްބަސްވެވުނެވެ.  ޙުކުމް ދެންފަހެ، އިސްވެ ބަޔާންވެދިޔަ ކަންކަން އެގޮތަށް ހުރުމާއެކު، ސިވިލް ކޯޓުގެ ނަންބަރު 1463/Cv-C/2014 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށްޓަކައި ހަބް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑގް ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބިނާކޮށް، އެ ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭ ތަނެއްނެތްކަމަށް ކަނޑައަޅައި، ދެވި ހިރާއްޖޭގެ ހައިކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށްފީމެވެ.

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ޝެއަރ ކުރައްވާ