ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތައް

Maldives Legal Precedents

Saeed Lex
2015/HC-A/243ހައިކޯޓު · 16 ނޮވެމްބަރު 2017 · މަސްތުވާތަކެއްޗާބެހޭ މައްސަލަ

—

ދަށުކޯޓުގެ ނިންމުން ބާޠިލު
ސުޕްރީމް ކޯޓަށް އިސްތިއުނާފުކޮށްފައި ނުވޭ · ރަޖިސްޓްރީ ބެލީ 15 އޮކްޓޫބަރު 2026ޙުކުމުގެ ހާލަތު
ހައިކޯޓު · 16 ނޮވެމްބަރު 2017ބާވަތް: ޖިނާއީ

ޚުލާޞާ

ކޯޓަށް އައި ގޮތް
ކްރިމިނަލް ކޯޓުން، ކޮޓަރިން ފެނުނު މަސްތުވާތަކެތީގެ ޒިންމާ އެއްވެސް މީހަކު ނުނަގާތީ، އެއީ އެ ތިން މީހުންގެ ތަކެތިކަން ސާބިތުވާކަމަށް ބަލައި، ތިން މީހުން އުމުރަށް ޖަލަށްލުމަށް ޙުކުމްކުރިއެވެ.
ވާޤިޢާ
ކޯޓު އަމުރެއްގެ ދަށުން ފުލުހުން އެޕާޓްމަންޓެއް ބަލާފާސްކުރިއިރު، ތިން މީހުން ނިދާފައި ތިބި ކޮޓަރީގެ ޑްރެސިންގ ޓޭބަލް މަތިންނާއި ވަތްގަނޑުގެ ތެރެއިން ކެނަބިސް ފެނުނެވެ. އިސްތިއުނާފުކުރި ފަރާތުގެ ފިންގަރޕްރިންޓެއް ތަކެތިން ނުފެނެއެވެ. ތިން މީހުންގެ މައްޗަށް ވިޔަފާރިކުރުމަށްޓަކައި އަތުގައި ބެހެއްޓުމުގެ ދަޢުވާ ކުރެވުނެވެ.
ކޯޓުން ނިންމަން ޖެހުނު ސުވާލު
ގިނަ ބަޔަކު ދިރިއުޅޭ އެޕާޓްމަންޓެއްގެ ކޮޓަރިއެއްގައި ނިދާފައި ތިބި ތިން މީހުންގެ ތެރެއިން އެއް މީހެއްގެ މައްޗަށް، އެ ކޮޓަރިން ފެނުނު މަސްތުވާތަކެތި ވިޔަފާރިކުރުމަށްޓަކައި އަތުގައި ބެހެއްޓުމުގެ ކުށް ސާބިތުވާކަމަށް ކަނޑައެޅުނީ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގެ މިންގަނޑާ އެއްގޮތަށްތޯ؛ އަދި ގޭގެ ވެރިފަރާތުގެ ޙާޟިރުގައި ނޫނީ ކުރެވުނު ބަލާފާސްކުރުމުން ލިބުނު ހެކި ޤާނޫނާ ޚިލާފަށް ހޯދާފައިވާ ހެކި ކަމުގައި ވޭތޯ.
ޚަޞްމުންގެ ހުށަހެޅުންތައް
އިސްތިއުނާފުކުރި ފަރާތުން ބުނީ ކޯޓު އަމުރުގެ ޝަރުޠާ ޚިލާފަށް ގޭގެ ވެރިފަރާތުގެ ޙާޟިރުގައި ނޫނީ ބަލާފާސްކޮށް ހޯދި ހެކި ޤާނޫނުއަސާސީގެ 52 ވަނަ މާއްދާއާ ޚިލާފު ކަމަށާއި، ތަކެތި ހުރީ އޭނާގެ ހިޔާޒަތު ނުވަތަ ކޮންޓްރޯލްގެ ދަށުގައި ނޫން ކަމަށާއި، އެހެން ތުހުމަތުކުރެވޭ މީހަކު ޒިންމާ ނަގާފައިވާ ކަމަށާއި، 51(އ) ގެ މިންވަރަށް ސާބިތުނުވާ ކަމަށެވެ.
ކޯޓުގެ ސަބަބުތައް
ކުއްޔަށް ހިފައިގެން އުޅޭ ފަރާތްތަކުގެ ޙާޟިރުގައި ބަލާފާސްކުރުން ޤާނޫނީ ކަމަށް ކޯޓުން ބެލިއެވެ. ނަމަވެސް ތަކެތި ފެނުނު ކޮޓަރިއަކީ އިސްތިއުނާފުކުރި ފަރާތުގެ ކޮންޓްރޯލްގެ ދަށުގައި ހުރި ނުވަތަ އެކަނި ދިރިއުޅޭ ކޮޓަރިއެއް ނޫން ކަމަށާއި، ފިންގަރޕްރިންޓް ނުވަތަ ޔޫރިން ރިޕޯޓެއް ނެތި، ކޮޓަރީގައި ނިދާފައި އޮތުމަށް އެކަނި ބަލައި ޒިންމާ އުފުލަން ޖެހޭކަމަށް ކަނޑައެޅުމަކީ ޢަދުލު އިންޞާފާ ޚިލާފު ކަމަށާއި، 51(އ) ގެ މިންވަރަށް ކުށް ސާބިތުނުވާ ކަމަށް ކަނޑައަޅައި ކުށް ސާބިތުކުރި ބައި ބާޠިލުކުރިއެވެ.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
—
ފަހުގެ ތާރީޚު
ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް

ނިންމުން

ދަށުކޯޓުގެ ނިންމުން ބާޠިލު

ދަށުކޯޓުގެ ޙުކުމުގައި އިސްތިއުނާފުކުރި ފަރާތުގެ މައްޗަށް ކުށް ސާބިތުކުރި ބައި ބާޠިލު

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

ކޯޓުއަމުރެއްގެ ދަށުން ބަލާފާސްކުރުމާ ގުޅޭގޮތުން ފުލުހުން ޢަމަލުކުރަންޖެހޭ އިޖުރާއާތު ބަޔާންކޮށްފައިވާ، ފުލުހުންނަށް ލިބިދީފައިވާ އެންމެހާ ޤާނޫނީ ބާރުތަކާއި އިޚްތިޔާރުގެ ބޭނުންހިފުމާބެހޭ ޤަވާޢިދަށް ބަލާއިރު، ތަނެއް ބަލާފާސްކުރުމަށް ފުލުހަކު ދާއިރު ތަނުގެ ވެރިފަރާތް އެތަނުގައި ޙާޟިރުވެ ނެތްނަމަވެސް، އެތަނުގެ ވެރިފަރާތުން އުފުލަންޖެހޭ ޒިންމާތަކާއި ޙަވާލުވެވިދާނޭ މީހެއް ކަމަށް ފެންނަ މީހަކު އެވަގުތު އެތަނުގައި ޙާޟިރުވެ ހުރިނަމަ އެތަނެއް ބަލާފާސްކުރެވިދާނެއެވެ. (ޕެރ. 5 (ށ))

ތަނެއް ކުއްޔަށް ނަގައިގެން އުޅޭ ބަޔަކީ އެވަގުތަކު އެތަނެއްގެ ވެރިފަރާތް ކަމުގައި ބެލެވޭނެއެވެ. އެހެނީ ކުލީގެ މުއްދަތުގައި އެތަނަށް ލިބޭ ގެއްލުމުގެ ޒިންމާ ނަގަންޖެހޭ ފަރާތަކީވެސް އެތަނެއް ކުއްޔަށް ހިފައިގެން އުޅޭ ފަރާތެވެ. ކުއްޔަށް ހިފައިގެން އުޅޭ މުއްދަތުގައި އެފަރާތްތަކުގެ ޢަމަލުތައް ހުރި ގޮތަކުން ފުލުހުން އެތަނަކަށް ވަދެ ބަލާފާސްކުރަން ޖެހޭ ޙާލަތްތަކުގައި ތަނުގެ އަޞްލު ވެރިފަރާތް ޙާޟިރުކޮށް ނުވަތަ އެފަރާތް އެކަމުގައި ޒިންމާކުރުވުމަކީ ހަމަޖެހޭ ގޮތަކަށް ނުވާނެއެވެ. އެހެންކަމުން، އެ ޙާލަތުގައި އެފަރާތްތަކުގެ ޙާޟިރުގައި ކޯޓުއަމުރެއްގެ ދަށުން އެތަނެއް ބަލާފާސްކުރެވިދާނެއެވެ. (ޕެރ. 5 (ށ))

އެމީހެއްގެ ހިޔާޒަތުގެ ދަށުގައި ހުންނަ މަސްތުވާތަކެތީގެ ޒިންމާ އެމީހަކު އުފުލަންޖެހޭނެއެވެ. ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތީން އެފަދަ މަސްތުވާތަކެތީގެ ޒިންމާ އުފުލަންޖެހޭ ފަރާތެއް ނުދެއްކޭނަމަ އެތަކެއްޗާމެދު ޖަވާބުދާރީވެ، އެތަކެތީގެ ޒިންމާ އުފުލަންޖެހޭނީ އެތަކެތި އެމީހެއްގެ ހިޔާޒަތުގެ ދަށުން ފެނުނު މީހެކެވެ. (ޕެރ. 5 (ނ))

މަސްތުވާތަކެއްޗާބެހޭ ޤާނޫނު (ޤާނޫނު ނަންބަރު 17/2011) ގެ 141 ވަނަ މާއްދާގައި މީހާގެ އަތުގައި މަސްތުވާ އެއްޗެއް ހުރިކަމަށް ބެލެވޭނެ ޙާލަތްތައް ބަޔާންކޮށްފައިވާއިރު، އެޙާލަތްތަކުގައި އެގޮތަށް ބެލެވޭނީ އެހެން ގޮތަކަށް ސާބިތުނުވާހާ ހިނދަކުއެވެ. އެމާއްދާގެ (ރ) ގައި މީހެއްގެ ކޮންޓްރޯލްގެ ދަށުގައި ހުންނަ ތަނެއްގައި ނުވަތަ އެއްޗެއްގައި މަސްތުވާތަކެތި ހުރުމާއި، (ބ) ގައި މީހަކު އެކަނި ދިރިއުޅޭ އަދި އެހެން މީހުން ވަދެނިކުމެ ނޫޅޭ ގެއެއްގައި ނުވަތަ ކޮޓަރިއެއްގައި މަސްތުވާއެއްޗެއް ހުރުން ބަޔާންކޮށްފައިވެއެވެ. (ޕެރ. 5 (ނ))

މަސްތުވާތަކެތީގެ ވިޔަފާރި ކުރުމަށްޓަކައި އަތުގައި ބެހެއްޓިކަމަށް ބެލެވޭ މިންވަރަށް މަސްތުވާތަކެތި ގެންގުޅުމުގެ ކުށުގެ މައްސަލަތަކަކީ އެކުށުގެ އަދަބަށް ބަލާއިރު ޖިނާއީ ކުށްކުށަށް ދެވޭ އަދަބުތަކުގެ ތެރެއިން އެންމެ ހަރުކަށި އެއް އަދަބެވެ. އެހެންކަމުން އެފަދަ ޙައްސާސްކަން ބޮޑު މައްސަލަތަކުގައި އިހުމާލުވުން ދުރުކުރުވުމުގެ ގޮތުން، ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-A/01 ޤަޟިއްޔާގައިވާ އުޞޫލު ތަޠްބީޤުކުރާނަމަ، މުއްތަހަމާއި ކުށާ ގުޅުވައިދޭ އިތުރު ހަރުދަނާ ދަލީލު ހުރެގެން މެނުވީ މުއްތަހަމުގެ މައްޗަށް ކުށް ސާބިތުވާކަމަށް ޔަޤީނާ ގާތްކުރާ މިންވަރަށް އިޤްތިނާޢު ނުވެވޭނެއެވެ. އަދި އެފަދައިން ލިބިފައިވާ ދަލީލުތަކަކީ ހެކިންގެ ހެކިބަހަށް އިތުރަށް ބުރަދަންދޭ ދަލީލުތަކަކަށް ވާންޖެހޭނެއެވެ. (ޕެރ. 5 (ނ))

މަސްތުވާތަކެތީގެ ތަޙުލީލު ރިޕޯޓުން އެތަކެއްޗަކީ މަސްތުވާތަކެތިކަން އެނގެންއޮތުމަކީ ހަމައެކަނި އެރިޕޯޓުގެ މައްޗަށް ބަލައި އެތަކެއްޗަކީ ވަކި މީހެއްގެ އަތުން ނުވަތަ ވަކި މީހަކު ބޭނުންކުރާ ތަނަކުން ނުވަތަ އެއްޗަކުން ފެނިފައިވާ ތަކެތިކަން ސާބިތުވާކަމަށް ބެލެވޭނެ ލިޔުމެއް ނޫނެވެ. އެތަކެއްޗަކީ ތުހުމަތުކުރެވޭ ފަރާތުގެ އަތުން ފެނުނު ތަކެތިކަން ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންކުރާ އުޞޫލުގެ މަތިން ސާބިތުކުރުމަށްޓަކައި އެތަކެއްޗާއި ތުހުމަތުކުރެވޭ ފަރާތާ ހުރި ގުޅުމަކީ ކޮބައިކަން ބުނެދެވެން ޖެހޭނެއެވެ. (ޕެރ. 5 (ނ))

މަސްތުވާތަކެތި ފެނުނު ކޮޓަރީގައި ތުހުމަތުކުރެވޭ ފަރާތް ނިދާފައި އޮތުމާއެކު އެ މަސްތުވާތަކެތީގެ ޒިންމާ އެތަނުގައި އެވަގުތު ތިބި އެއްވެސް ފަރާތަކުން ނަގާފައިނުވާތީ ކަމުގެ ސަބަބަށްޓަކައި އެކަނި، އޭނާއާއި ފެނުނު މަސްތުވާތަކެއްޗާ ގުޅުވާލުމަށް ހަރުދަނާ ޤަރީނާއެއް ހުށަހެޅިފައިނުވަނީސް އެތަކެތީގެ ޒިންމާ އޭނާ އުފުލަންޖެހޭ ކަމަށް ކަނޑައެޅުމަކީ، ޢަދުލު އިންޞާފުގެ ހަމަތަކާއި އުޞޫލުތަކާ އެއްގޮތް ކަމެއް ކަމުގައި ނުބެލެވޭނެއެވެ. (ޕެރ. 5 (ނ))

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

  • ޤާނޫނު ނަންބަރު 17/77 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 2 ވަނަ މާއްދާގެ (ހ) އަދި (ރ)
  • ޤާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 141 ވަނަ މާއްދާ، (ރ) އަދި (ބ)
  • ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ)
  • ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 52 ވަނަ މާއްދާ
  • ފުލުހުންނަށް ލިބިދީފައިވާ އެންމެހާ ޤާނޫނީ ބާރުތަކާއި އިޚްތިޔާރުގެ ބޭނުންހިފުމާބެހޭ ޤަވާޢިދު
  • ސުޕްރީމް ކޯޓުގެ ނަންބަރު 2010/SC-A/07
  • ސުޕްރީމް ކޯޓުގެ ނަންބަރު 2010/SC-A/24
  • ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-A/01
  • ހައިކޯޓުގެ ނަންބަރު 2009/HC-A/212
  • ހައިކޯޓުގެ ނަންބަރު 2015/HC-A/10
  • ހައިކޯޓުގެ ނަންބަރު 2008/HC-A/202

ފަނޑިޔާރުން

ބެންޗު
ފަނޑިޔާރު ޢަބްދުﷲ ޙަމީދު، އިސްފަނޑިޔާރު ޢަބްދުﷲ ދީދީ (ރިޔާސަތު)، ފަނޑިޔާރު ޢަލީ ސަމީރު
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

1ކްރިމިނަލް ކޯޓުގެ ނަންބަރު 201/Cr-C/2014 ޤަޟިއްޔާ ނިމިފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް ނޫންކަމަށްބުނެ، އެޤަޟިއްޔާ އިސްތިއުނާފުކޮށްދިނުމަށް އެދި، ސ.ހިތަދޫ ސަލްޓަންވިލ މުޙައްމަދު ރިމާޙުގްފަރާތުނ ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވެއެވެ.

2ކްރިމިނަލް ކޯޓުގެ ނަންބަރު 201/Cr-C/2014 ޤަޟިއްޔގާ ޝަރީޢަތުނިމުނުގޮތުގެ ރިޕޯޓަށް ބެލިއިރި އެޤަޟިއްޔާގައި ހުށަހެޅިފައިވާ މައްސަލައަކީ،ޏ.ފުވައްމުލައް އަޒާރާ އަޙްމަދު ފިރާޙް ޢަލީ އާއި ސ.މަރަދޫ ސަލްޓަންވިލާ މުޙައްމަދު ރިމާޙުއާއި ސ.މަރަދޫ ސަލްޓަންވިލާ ޢަލީ މުޝައްފަޢ 19 އޮކްޓޯބަރ 2011 ދުވަހު 06:29 އެހައިކަންހާއިރު، […] 05 )ފަހެއް( ވަނަ ފަންގިފިލާ ހުންނަ އެޕާރޓްމަންޓުގެ ތެރޭގައި ބަޔަކު މަސްތުވާތަކެތި ބޭނުންކޮށް އެތަކެތި ގެންގުޅޭކަމުގެ މައުލޫމާތު ފުލުހުންގެ އިންޓެލިޖެންސްއަށް ލިބުމާ ގުޅިގެން، ކްރިމިނަލް ކޯޓުގެ ކޯޓު އަމުރެއްގެ ދަށުން، […] 05 )ފަހެއް( ވަނަ ފަންގިފިލާ ހުންނަ އެޕާރޓްމަންޓަށް ފުލުހުން ދިޔައިރު، އަޙްމަދު ފިރާޙް ޢަލީއާއި މުޙައްމަދު ރިމާޙްއާއި ޢަލީ މުޝައްފަޢު އެ އެޕާޓުމަންޓުގައި ހުރި ކޮޓަރިއެއްގައި ނިދާފައި ތިއްބާ ފެނިގެން، މިމީހުންނަށް ގޮވާ މިމީހުންގެ ހާޒިރުގައި އެކޮޓަރި ފުލުހުން ބަލައި ފާސްކުރިއިރު، އެކޮޓަރި ތެރޭގައި ހުރި ޑްރެސިން ޓޭބަލްގެ މަތީ ޝެލްފްމަތިން ފެނުނު 05 )ފަހެއް( ސެލޯފިންކޮޅުގައި 0.1925 ގުރާމު ޓެޓްރާހައިޑްރޯކެނަބިނޯލްއާއި،

0.3787 ގްރާމު ކެނަބިނޯލް ހުރިކަމަށާއި، ހަމަ އެޑްރެސިން ޓޭބަލްގެ ވަތްގަނޑުގެ ތެރޭގައި އޮތް ނޫކުލައިގެ ރަބަރު ކޮތަޅެއްގެ ތެރޭގައި އޮތ 18 )އަށާރަ( ރަބަރު ޕެކެޓު ތެރެއިން ފެނުނު 126 )ސަތޭކަ ސައްބީސް( ސެލޯފިން ކޮޅުގއ 4.7485 ގުރާމު ޓެޓްރާހައިޑްރޯކެނަބިނޯލްއާއި، 9.9372 ގުރާމް ކެނަބިނޯލް ހުރިކަމަށް އެތަކެތީގެ ތަޙުލީލު ރިޕޯޓުން ދައްކާތީއާއި، ޑްރެސިންގ ޓޭބަލްގެ ވަތްގަނޑުގެ ތެރޭގައި އޮތ 18 )އަށާރަ( ރަބަރު ޕެކެޓު ތެރެއިން ރަބަރު ޕެކެޓެއްގެ ބޭރުން ނެގުނު ފިންގަރޕްރިންޓް ޢު ލީ މުޝައްފަޢުގ ފިންގަރޕްރިންޓައި ދިމާވާތީ، ޤާނޫނު ނަންބަރ 17/77 )މަސްތުވާތަކެއްޗާބެހޭ ޤާނޫނު(ގެ 2 ވަނަ މާއްދާގެ )ހ( އާ ޙަވާލާދީ، އެމާއްދާގެ )ރ( ގެ ދަށުން، އަޙްމަދު ފިރާޙު ޢަލީއާއި މުޙައްމަދު ރިމާޙުއާއި ޢަލ މުޝައްފަޢުގެ މައްޗަށް މަނާކުރެވިފައިވާ މަސްތުވާއެއްޗެއް ވިޔަފާރިކުރުމަށްޓަކައި އަތުގައި ބެހެއްޓުމުގެ ކުށުގެ ދަޢުވާ ދައުލަތުން ކުރުމުން ބައްލަވައި ނިންމަވާފައިވާ މައްސަލައެއްކަން އެނގެންއޮވެއެވެ.

3މިޤަޟިއްޔާއާ ގުޅިގެން ކްރިމިނަލް ކޯޓުގެ ނަންބަރު 201/Cr-C/2014 ޤަޟިއްޔާގައ ކުރައްވާފައިވާ ޙުކުމަށް ބެލިއިރު އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނ، " ދެންފަހެ، ދައުލަތުން ޏ.ފުވައްމުލައް/ އަޒާރާ އަޙްމަދު ފިރާޙް ޢަލީއާއި، ސ.މަރަދޫ/ ސަލްޓަންވިލާ މުޙައްމަދު ރިމާޙްއާއި، ސ.މަރަދޫ/ ސަލްޓަންވިލާ ޢަލީ މުޝައްފަޢުގެ މައްޗަށްކުޅަ މަނާކުރެވިފައިވާ މަސްތުވާއެއްޗެއް ވިޔަފާރިކުރުމަށްޓަކައ އަތުގައި ބެހެއްޓުމުގެ ކުށުގެ މިދަޢުވާ ޝު ރީޢަތުން ދަޢުވާލިބޭ އަޙްމަދު ފިރާޙް ޢަލީއާއި، މުޙައްމަދު ރިމާޙްއާއި، ޢަލީ މުޝައްފަޢ މިދަޢުވާއަށް އިންކާރުކޮށް […] 5 ވަނަ ފަންގިފިލާގައިހުރި އެޕާރޓްމަންޓް ތެރެއިން ފެނިފައިވާ މަސްތުވާތަކެތީގެ ޒިންމާ ދަޢުވާލިބޭ ތިންމީހުންގެ ތެރެއިން އެކަކުވެސް ނަގފައިނުވުމާއި، ފެނިފައިވާ މަސްތުވާތަކެތީގެ ޖުމްލަ ބަރުދަނުގައި 15.25 ގްރާމު ކެނަބިސް ހުރިކަން އެތަކެތީގެ ތަހުލީލު ރިޕޯޓުން އެނގެން އޮންނާތީއާއި، ދަޢުވާ ސާބިތުކުރުމަށް ދައުލަތުން ހުށަހެޅި ހެކީންގެ ހެކިބަހުންނާއި، ގުޅިފައިވާ ޤަރީނާތަކުން މިމައްސަލައިގައި […] 5 ވަނަ ފަންގިފިލާގައިހުރި އެޕާރޓްމަންޓްގެ ކޮޓަރިއެއްގެތެރެއިން ފެނުނު މަސްތުވާތަކެއްޗަކީ އެވަގުތު އެކޮޓަރީގައި ތިބި އަޙްމަދު ފިރާޙް ޢަލީއާއި، މުޙައްމަދު ރިމާޙްއާއި، ޢަލ މުޝައްފަޢުގެ ތަކެތިކަން އެކަށީގެންވާ ޝައްކެއްނެތި ޝަރީޢަތަށް ސާބިތުވާތީ އޙި މަދު ފިރާޙް ޢަލީއާއި މުޙައްމަދު ރިމާޙްއާއި، ޢަލީ މުޝައްފަޢު މަނާކުރެވިފައިވާ މަސްތުވާއެއްޗެއް ވިޔަފާރިކުރުމަށްޓަކައި އަތުގައި ބެހެއްޓުމުގެ ކުށުން ކުށްވެރިވެއްޖެކަމަށް ކަނޑައަޅައި، މިކުށުގެ އުޤޫބާތެއްގެ ގޮތުން ޤާނޫނު ނަންބަރ 17/77 )މަސްތުވާތަކެއްޗާބެހޭ ޤާނޫނު(ގ 2 ވަނަ ނަންބަރުގެ )ހ( އާއި ޙަވާލާދީ އެމާއްދާގެ )ރ( ގެ ދަށުން، ޏ.ފުވައްމުލައް/ އަޒާރާ އަޙްމަދު ފިރާޙް ޢަލީއާއި، ސ.މަރަދޫ/ ސަލްޓަންވިލާ މުޙައްމަދު ރިމާޙްއާއި، ސ.މަރަދޫ/ ސަލްޓަންވިލާ ޢަލީ މުޝައްފަޢު އުމުރަށް ޖަލަށްލުމަށް ޙުކުމްކޮށް މިޤަޟިއްޔާ ނިންމީއެވެ" މިފަދައިންނެވެ.

4ކްރިމިނަލް ކޯޓުގެ ނަންބަރު 201/Cr-C/2014 ޤަޟިއްޔާ އެ ކޯޓުން ނިންމަވާފައިވަނ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލު ތަކާ ޚިލާފަށްކަމަށްބުނ ސ.ހިތަދޫ ސަލްޓަންވިލާ މުޙައްމަދު ރިމާޙުގެ ފަރާތުން އެ ޤަޟިއްޔާ އިސްތިއުނާފުކުރަމުނ 4 )ހަތަރެއް( ނުކުތާއެއް ފާހަގަކޮށް، އެ ނުކުތާތަކާމެދު ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ވާހަކަދައްކާފައިވެއެވެ.މިގޮތުން މުޙައްމަދު ރިމާޙުގ ފަރާތުން ހުށަހެޅި؛ • ފުރަތަމަ ނުކުތާއަކީ،މަސްތވާތަކެތު ގެންގުޅޭކަމަށް ތުހުމަތުކުރެވުނު މައްސަލައަކާއި ގުޅިގެން […] 05 ވަނަ ފަންގިފިލާ ބަލާފާސްކުރުމަށް ކްރިމިނަލް ކޯޓުން ދީފައިވާ އެކޯޓުގެ ނަންބަރު 145(BF)/2011/491 17)2011-10-( ކޯޓު އަމް ރުގައި ކަނޑައަޅާފައިވާ ޝަރުޠުތަކް އ ޚިލާފަށް ބަލާފާސްކޮށް ހޯދާފައިވާ ހެކީގެ މައްޗަށް، ވީހިނދު ޤާނޫނުއަސާސީގެ 52 ވަނަ މާއްދާއާއި ޤާނޫނާ ޚިލާފަށް ހޯދާފައިވާ ހެކީގެ މައްޗަށް ކުށްސާބިތުވާކަމަށް ނިންމަވާފައިވުމުން އެމައްސަލާގައި ޤާނޫނީ ހައިސިއްޔަތު ގެއްލިފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ. • ދެވަނަ ނުކުތާއަކީ، […] 5 ވަނަ ފަންގިފިލާ ބަލާފާސްކުރުމުގެ ތެރޭގައި ފެނުނުކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ވިދާޅުވާ މަސްތުވާތަކެއްޗަކީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރ 2008/HC-A/202 ޤަޟިއްޔާއާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރ 2010/SC-A/24 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ ހަމައިގެ ދަށުން މުޙައްމަދު ރިމާޙްގެ ހިޔާޒަތު ނުވަތަ ކޮންޓްރޯލްގެ ދަށުގައި ހުރިއެއްޗަކަށް ނުވާހިނދު އަދި ކޮންމެ މީހަކަށް ކޮންމެ ވަގުތަކުވެސް އަތްލެވޭ ގޮތަށްހުރި އެއްޗަކަށްވާހިނދ އެތަކެތީގެ މުޠުލަޤު މަސްޢޫލިއްޔަތު މުޙައްމަދ ރިމާޙް އުފުލަންޖެހޭކަމަށް ކަނޑައަޅައި މުޙައްމަދު ރިމާޙްގެ މައްޗަށް ކުށްސާބިތުވާކަމަށް ނިންމަވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ. • ތިންވަނަ ނުކުތާއަކީ، މިމައްސަލާގައި ތުހުމަތުކުރެވިގެން […] 5 ވަނަ ފަންގިފިލާއިން ފުލުހުން ހައްޔަރުކުރި ޏ.ފުވައްމުލައް އާޒާރާ އަޙްމަދު ފިރާޙް ޢަލީ މިމައްސަލައިގެ ދަށުކޯޓު މަރުޙަލާގެ ބަންދައިމެދު ގޮތެއް ކަނޑައެޅުމުގެ މަޖިލީހުގައި، މިމައްސަލާގައި ފެނުނު މަސްތުވާތަކެތީގު ފުރިހަމަ ޒިންމާއުފުލާފައިވާއިރު އަދި މިހާރުވެސް އޭނާ އެގޮތަށް ބުނަމުންދާއިރު އެބުނުމަށާއި، ހައިކޯޓުގެ ނަންބަރ 2009/SC-A/212 ޤަޟިއްޔާއިން މިފަދަ ޙާލަތްތަކުގައި ހިޔާޒަތު ކަނޑައަޅާފައިވާ ހަމައާއި ޚިލާފަށް މުޙައްމަދު ރިމާޙްގެ މައްޗަށް ކުށްސާބިތުވާކަމަށް ނިނމަވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ. • ހަތަރުވަނަ ނުކުތާއަކީ، އެކަށީގެންވާ ޝައްކެތްނެތް މިންވަރަށް ދައުލަތުން ހެކި ދެއްކިފައި ނުވުން އަދި ޝައްކުއުފެދޭ ގިނަ ކަންތައްތަކާއި ފުރިހަމަ ނުވާ އިޖުރާއަތުތަކެއް ފާހަގަކުރިވިފައިވަނިކޮށ އެކަންކަމަށް ރިޢާޔަތް ނުކުރައްވާ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ )އ( އާ ޚިލާފަށް މައްސަލަ ނިންމަވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.

5HN1HN2HN3HN4HN5HN6HN7މިމައްސަލައާ ގުޅިގެން ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، ހުށަހެޅިފައިވާ ލިޔުންތަކަށާއި، ކްރިމިނަލް ކޯޓުގެ ނަންބަރު 201/Cr-C/2014 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށްބުނެ، ސ.ހިތަދޫ ސަލްޓަންވިލާ މުޙައްމަދު ރިމާޙުގ ފަރާތުންހުށަހަޅާފައިވާ ސަބަބުތަކުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނައި ބެލިއިރު، މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ. )ހ( ފުރަތަމަ ކަމަކީ، […] 05 )ފަހެ އ( ވަނަ ފަންގިފިލާގައި ހުންނަ އެޕަރޓްމަންޓުގެ ތެރޭގައި ބަޔަކު މަސްތުވާތަކެތި ބޭނުންކުރާކަމުގ މައުލޫމާތު ލިބިގެން 19 އޮކްޓޯބަރ 2011 ދުވަހުގެ 06:29 ހާއިރު ފުލުހުން އެތަނަށް ދިޔައިރުޏ.ފުވައްމުލައް އަޒާރާ އަޙްމަދު ފިރާޙް ޢަލީ އާއި ސ.މަރަދޫ ސަލްޓަންވިލާ މުޙައްމަދު ރިމާޙުއާއި ސ.މަރަދޫ ސަލްޓަންވިލާ ޢަލީ މުޝައްފަޢު އެއޕަރޓްމަންޓުގައި ހުރި ކޮޓަރިއެއްގައި ނިދާފައި ތިއްބާ އެމީހުންނަށް ގޮވާ އެމީހުންގެ ހާޟިރުގައި އެކޮޓަރި ބަލައި ފާސްކުރިއިރު، އެކޮޓަރި ތެރޭގައި ހުރި ޑްރެސިން ޓޭބަލްގެ މަތީ ޝެލްފްމަތިން ފެނުނު 05 )ފަހެއް( ސެލޯފިންކޮޅުގައި 0.1925 ގުރާމު ޓެޓްރާހައިޑްރޯކެނަބިނޯލްއާއި، 0.3787 ގްރާމު ކެނަބިނޯލް ހުރިކަ މަށާއި، ހަމަ އެޑްރެސިން ޓޭބަލްގ ވަތްގަނޑުގެ ތެރޭގައި އޮތް ނޫކުލައިގެ ރަބަރު ކޮތަޅެއްގެ ތެރޭގައި އޮތ 18 )އަށާރަ( ރަބަރު ޕެކެޓު ތެރެއިން ފެނުނު 126 )ސަތޭކަ ސައްބީސް( ސެލޯފިން ކޮޅުގައި 4.7485 ގުރާމު ޓެޓްރާހައިޑްރޯކެނަބިނޯލްއާއި،

9.9372 ގުރާމް ކެނަބިނޯލް ހުރިކަމަށް އެތަކެތީގެ ތަޙުލީލު ރިޕޯޓުން ދައްކާތީ، ޤާނޫނު ނަންބަރ 17/77 )މަސްތުވާތަކެއްޗާބެހޭ ޤާނޫނު(ގެ 2 ވަނަ މާއްދާގެ )ހ( އާ ޙަވާލާދީ، އެމާއްދާގެ )ރ( ގެ ދަށުން، އަޙްމަދު ފިރާޙު ޢަލީއާއި މުޙައްމަދު ރިމާޙުއާއި ޢަލީ މުޝައްފަޢުގެ މައްޗަށް މަނާކުރެވިފައިވާ މަސތުވާއެއްޗެއ ވިޔަފާރިކުރުމަށްޓަކައި އަތުގައި ބެހެއްޓުމުގެ ކުށުގެ ދަޢުވާ ދައުލަތުން ކޮށްފައިވާކަމާއި، އެދަޢުވާއަށް ޏ.ފުވައްމުލައް އަޒާރާ އަޙްމަދު ފިރާޙް ޢަލީ އާއި ސ.މަރަދޫ ސަލްޓަންވިލާ މުޙައްމަދު ރިމާޙުއާއި ސ.މަރަދޫ ސަލްޓަންވިލާ ޢަލީ މުޝައްފަޢ އިންކާރުކޮށްފައިވާކަމާއި، އެމައްސަލަ ކްރިމިނަލް ކޯޓުން ނިންމަވާފައިވަނީ، […] 5 ވަނަ ފަންގިފިލާގައިހުރި އެޕާރޓްމަންޓްގެ ކޮޓަރިއެއްގެތެރެއިން ފެނުނު މަސްތުވާތަކެއްޗަކީ އެވަގުތު އެކޮޓަރީގައި ތިބި އަޙްމަދު ފިރާޙ ޢަލީއާއި، މުޙައްމަދު ރިމާޙްއާއި، ޢަލ މުޝައްފަޢުގެ ތަކެތިކަން އެކަށީގެންވާ ޝައްކެއްނެތި ޝަރީޢަތަށް ސާބިތުވާތީ އަޙްމަދު ފިރާޙް ޢަލީއާއި މުޙައްމަދު ރިމާޙްއާއި، ޢަލީ މުޝައްފަޢު މަނާކުރެވިފައިވާ މަސްތުވާއެއްޗެއް ވިޔަފާރިކުރުމަށްޓަކައި އަތުގައި ބެހެއްޓުމުގެ ކުށުން ކުށްވެރިވެއްޖެކަމަށް ކަނޑައަޅައި، މިކުށުގެ އުޤޫބާތެއްގެ ގޮތުން ޤާނޫނު ނަންބަރ 17/77 )މަސްތުވާތަކެއްޗާބެހޭ ޤާނޫނު(ގެ 2 ވަނަ ނަންބަރުގެ )ހ( އާއި ޙަވާލާދީ އެމާއްދާގެ )ރ( ގެ ދަށުން، ޏ.ފުވައްމުލައް/ އަޒާރާ އަޙްމަދު ފިރާޙް ޢަލީއާއި، ސ.މަރަދޫ/ ސަލްޓަންވިލާ މުޙައްމަދު ރިމާޙްއާއި، ސ.މަރަދޫ/ ސަލްޓްންވިލާ ޢަލީ މުޝައްފަޢު އުމުރަށް ޖަލަށްލުމަށް ޙުކުމްކޮށކަން އެނގެންއޮންނަކަމާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ މިޤަޟިއްޔާއިން ބެލިފައިމިވަނީ އިސްވެމިދެންނެވުނު ކްރިމިނަލް ކޯޓުގެ ޤަޟިއްޔާގައި ސ.މަރަދޫ/ ސަލްޓަންވިލާ މުޙައްމަދު ރިމާޙްގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައަޅުއްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތަށް ނޫންކަމަށް ބުނެ މުޙާއްމަދު ރިމާޙްގެ ފަރާތުނ ހުށަހަޅާފައިވާ މައްސަލައެވެ. )ށ( ދެވަނަ ކަމަކީ، ކްރިމިނަލް ކޯޓުގެ ނަންބަރު 201/Cr-C/2014 ޤަޟިއްޔާ ނިންމަވާފައިވަނީ، […] 5 ވަނަ ފަންގިފިލާ ބަލާފާސްކުރުމަށް ކްރިމިނަލް ކޯޓުން ނެރުއްވާފައިވާ ނަންބަރ

17) 145(BF)/2011/491(2011-10- ކޯޓު އަމުރުގައި ކަނޑައަޅާފައިވާ ޝަރުޠުތަކާ ޚިލާފަށް ހޯދާފައިވާ ހެކީގެ މައްޗަށް ކަމަށާއި، އެއަމުރުގައި އެތަން ބަލާފާސްކުރަންޖެހޭނީ ގޭގެ ވެރިފަރާތް ނުވަތަ އެފަރާތުން ކަނޑައަޅާ ފަރާތެއްގެ ހާޒިރުގައި ކަމަށް ލިޔެފައިވަނިކޮށް ގޭގެ ވެރިފަރާތަކީ ނުވަތަ އެފަރާތް ކނޑައަޅ ފަރާތަކީ ކާކުތޯ ބެލުމއްނެތެ ބަލާފާސްކޮށް، ޤާނޫނާ ޚިލާފަށް ހޯދާފައިވާ ހެކިތަކެއްގެ މައްޗަށް ބިނާކޮށްކަމަށް ބުނީ ހުށަހެޅި ނުކުތާއަށް ބަލާއިރު، […] 5 ވަނަ ފަންގިފިލާ ބަލާފާސްކުރުމަށް ކްރިމިނަލް ކޯޓުން ނެރުއްވާފައިވާ އަމުރުގެ ދަށުން އެތަން ބަލާ ފާސްކުރުމަށް ފުލުހުން ދިޔައިރު، ޏ.ފުވައްމުލައި އަޒާރާ އަޙްމަދު ފިރާޙް ޢަލީ އާއި ސ.މަރަދޫ ސަލްޓަންވިލާ މުޙައްމަދު ރިމާޙުއާއި ސ.މަރަދޫ ސަލްޓަންވިލާ ޢަލީ މުޝައްފަޢު އެއެޕަރޓްމަންޓުގައ ހުރި ކޮޓަރުއެއްގައި ނިދާފައި ތިބިކަމަށާއި، ފުލުހުން އެއެޕަރޓްމަންޓު ބަލާފާސްކޮށްފައިވަނީ މިދެންނެވުނު ތިން މީހުންގެ އިތަރުން އެކޮޓަރީގައި ނިދާފައި އޮތް އިތުރު ކުއްޖަކާއި އެއެޕަރޓްމަންޓުގެ ސިޓިންގރޫމުގައ ނިދާފައިއޮތް ސ. ހިތަދޫ ދެވިނަ އަޙްމަދު ނަވާބުއަށް ގޮވައި ހޭލެއްވުމަށްފަހެ ކޯޓު އަމުރުދައްކައި އެއެންމެންގ ހާޒިރުގައިކަން ދައުލަތުގެ ފަރާތުން ހުށަހެޅި ހެކިންގެ ހެކިބަހުން އެނގެންއޮތްއިރު، […] 5 ވަނަ ފަންގިފިލާ އަކީ މުޙައްމަދު ރިމާޙް ދިރިއުޅެމުންދާ ތަންކަން މުޙައްމަދު ރިމާޙްގެ ފަރާތުން ކްރިމިނަލް ކޯޓުގައި ދައްކާފައިވާ ވާހަކަތަކުން އެނގެނއޮންނަކަމާއި އަދި އެތަނަކީ މުޙައްމަދު ރިމާޙްގެ ދައްތަ ސ. މަރަދޫ/ ސަލްޓަންވިލާ ފާޠިމަތު ނުޒުހާ ކުއްޔަށް ހިފާފައިވާތަނެއްކަމަށް ތަހުޤީޤުގައި މުޙައްމަދު ރިމާޙް ބުނެފައިވާއިރު، ސ. މަރަދޫ/ ސަލްޓަންވިލާ ފާޠިމަތު ނުޒުހާ ތަޙުޤީޤަށް ދިން ބަޔާނުގައި އެތަނަކީ އޭނާ ކ އްޔަށް ހިފާފައިވ ތަނެއް ނޫންކަމަށް ބުނެފައް ވީނަމަވެސް އެއެންމެންވެސް ދިރިއުޅެނީ އެތަނުގައި ކަން އެފަރާތްތަކުގެ ބަހުން އެނގެންއޮންނަކަމާއި، އަދި ފާޠިމަތު ނުޒުހާ ތަހުޤީޤަށް ދީފައިވާ ބަޔާނުގައި އެތަނަކީ އޭނާގެ ރަހުމަތްތެރިއެއ ކަމުގައިވުސ. ހިތަދޫ ދެވިނަ އަޙްމަދު ނަވާބާ ކުއްޔަށް ހިފައިގެން އުޅޭތަނެއްކަމަށް ބުނެފައިވާއިރު ފުލުހުން އެތަން ބަލައި ފާސްކުރިވަގުތު ސ. ހިތަދޫ ދެވިނަ އަޙްމަދު ނަވާބުވެސް އެތަނުގައި ހާޒިރުވެހުރިކަން މައްސަލައާ ގުޅުންހުރި ލިޔެކިޔުންތަކަށް ބެލުމުން ސާފުވާކަމާއި، ކޯޓުއަމުރެއްގެ ދަށުން ބަލާފާސްކުރުމާ ގުޅޭގޮތުން ފުލުހުން ޢަމަލުކުރަންޖެހޭ އިޖުރާއާތު ބަޔާންކޮށްފައިވާ ފުލުހުންނަށް ލިބިދީފައިވާ އެންމެހާ ޤާނޫނީ ބާރުތަކާއި އިޚްތިޔް ރުގެ ބޭނުންހިފުމާބެހޭ ޤަވާޢިދުށ ބަލާއިރު، ތަނެއް ބަލާފާސްކުރުމަށް ފުލުހަކު ދާއިރު ތަނުގެ ވެރިފަރާތް އެތަނުގައި ހާޒިރުވެ ނެތްނަމަވެސް އެތަނުގެ ވެރިފަރާތުން އުފުލަންޖެހޭ ޒިންމާތަކާއިޙަވލުވެވިދާނޭ މީހެއް ކަމަށް ފެންނަ މީހަކު އެވަގުތު އެތަނުގައި ހާޒިރުވެ ހުރިނަމަ އެތަނެއް ބަލާފާސްކުރެވިދާނެކަން އެނގެންއޮންނަކަމާއި، ތަނެއް ކުއްޔަށް ނަގައިގެން އުޅޭ ބަޔަކީ އެވަގުތަކު އެތަނެއް ގެ ވެރިފަރާތް ކަމުގައި ބެލެވޭނެކަމާއ އެހެނީ ކުލީގެ މުއްދަތުގައި އެތަނަށް ލިބޭ ގެއްލުމުގެ ޒިންމާ ނަގަންޖެހޭ ފަރާތަކީވެސް އެވަގުތަކު އެތަނެއް ކުއްޔަށް ހިފައިގެން އުޅޭ ފަރާތެއްކަމަށް ވާއިރު، ކުއްޔަށް ހިފައިގެން އުޅޭ މުއްދަތުގައި އެފަރާތްތަކުގެ ޢަމަލުތައް ހުރގޮތަކުން ފުލުހުން އެތަނަކަށް ވަދެ ބަލާފާސްކުރަން ޖެހޭ ޙާލަތްތަކުގައި ތަނުގެ އަޞްލު ވެރިފަރާތް ހާޒިރުކޮށް ނުވަތަ އެފަރާތް އެކަމުގައި ޒިންމާކުރުވުމަކީ ހަމަޖެހްގޮތަކަށް ނުވާނެކަމާއި، އެހެންކަމުނ މިދެންނެވުނު ޙާލަތުގައި އެފަރާތްތަކުގެ ހާޒިރުގައި ކޯޓުއަމުރެއްގެ ދަށުން އެތަނެއް ބަލާފަސްކުރެވިދާނެކަނ އެނގެންއޮންނަކަމެވެ. )ނ( ތިންވަނަ ކަމަކީ، އެމީހެއްގެ ހިޔާޒަތުގެ ދަށުގައި ހުންނަ މަސްތުވާތަކެތީގެ ޒިންމާ އެމީހަކު އުފުލަންޖެހޭކަމާއި، ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތީން އެފަދަ މަސްތުވާތަކެތީގެ ޒިންމާ އުފުލަންޖެހޭ ފަރާތެއް ނުދެއްކޭނަމަ އެތަކެއްޗާމެދު ޖަވާބުދާރީވެ، އެތަކެތީގެ ޒިންމާ އުފުލަންޖެހޭނު އެތަކެތި އެމީހެއްގެ ހިޔާޒަތުގެ ދަށުން ފެނުނު މީހެއްކަން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރ 2010/SC-A/07 ޤަޟިއްޔާއާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2009/HC-A/212 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާކަން އެނގޭއިރު، މަސްތުވާތަކެއްޗާބެހޭ ޤާނޫނު )ޤާނޫނު ނަންބަރ 17/2011 ( ގެ 141 ވަނަ މާއްދާގައި، މީހާގެ އަތުގައި މަސްތުވާ އެއްޗެއް ހުރިކަމަށް ބެލެވޭނެ ޙާލަތްތައް ބަޔާންކޮށްފައިވާކަމާއި، އެޙާލަތްތަކުގައި އެގޮތަށް ބެލެވޭނީ އެހެން ގޮތަކަށް ސާބިތުނުވާހާ ހިނދަކުކަން އެމާއްދާގެ ޢިބާރާތަށް ބެލުމުން އެނގޭއިރު، އެމާއްދގ )ރ( ގައި، މީހެއްގެ ކޮންޓްރޯލްގެ ދަށުގައި ހުންނަ ތަނެއްގައި ނުވަތަ އެއްޗެއްގައި މަސްތުވާތަކެތި ހުރުން، އަދި )ބ( ގައި މީހަކު އެކަނި ދިރިއުޅޭ އަދި އެހެން މީހުން ވަދެނިކުމެ ނޫޅޭ ގެއެއްގައި މަސްތުވާތަކެތި ހުރުން ނުވަތަ މީހަކު އެކަނި ދިރިއުޅޭ އެހެން މީހުން ވަދެ ނިކުމެ ނޫޅޭ ކޮޓަރިއެއްގައި މަސްތުވާއެއްޗެއް ހުރުން މިފަދައިން ބަޔާންކޮށްފައި އޮންނަކަމާއި، އިސްތިއުނާފުކުރެވިފައިމިވާ މައްސަލާގައި ކަންހިނގާފައިވާ ގޮތަށް ބަލާއިރު، […] 5 ވަނަ ފަންގިފިލޭ ބަލާފާސްކުރުމުގެ ތެރޭގައި މަސްތުވާތަކެތި ފެނުނު އެޕަރޓްމަންޓަކީ މުޙައްމަދު ރިމާޙްގެ ކޮންޓްރޯލުގެ ދަށުގައި ހުރި ތަނެއް ނޫންކަމާއި، އަދި މަސްތުވާތަކެތި އެފެނުނު ކޮޓަރިއަކީ މުޙައްމަދު ރިމާޙް އެކަނި ދިރިއުޅޭ އެހެން މީހުން ވަދެނިކުމެ ނޫޅޭ ކޮޓަރިއެއްވެސް ނޫންކަން މައްސަލައާ ގުޅުންހުރި ލިޔެލިޔުންތަކަށް ބެލުމުން އެނގޭކަމާއި، މަސްތުވާތަކެތީގެ ވިޔަފާރި ކުރުމަށްޓަކައި އަތުގައި ބެހެއްޓިކަމަށް ބެލެވޭ މިންވަރަށް މަސްތުވާތަކެތި ގެންގުޅުމުގެ ކުށުގަމައްސަލަތަކަކީ އެކުށުގެ އަދަބަށް ބަލާއިރު ޖިނާއީ ކުށްކުށަށް ދެވޭ އަދަބުތް ކުގެ ތެރެއިން އެންމެ ހަރުކަށި އެއް އަދަބުކަމާއި، އެހެންކަމުން އެފަދަ ޙައްސާސްކަން ބޮޑު މައްސަލަތަކުގައި އިޙްމާލުވުނ ދުރުކުރުވުމުގެ ގޮތުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރ 2012/SC-A/01 ޤަޟިއްޔާގައިވާ ޖިނާއީ މައްސަލަތައް ސާބިތުކުރުމާ ގުޅޭގޮތުން ކަނާ ޑައަޅުއްވާފައިވާ އުޞޫލު ތަޠްބީޤުކުރާނަމަ، މުއްތަހަމާއި ކުށާއި ގުޅުވައިދޭ އިތުރު ހަރުދަނާ ދަލީލު ހުރެގެން މެނުވީ މުއްތަހަމުގެ މައްޗަށް ކުށް ސާބިތުވާކަމަށް ޔަޤީނާ ގާތްކުރާ މިންވަރަށް އިޤްތިނާޢު ނުވެވޭނެކަމާއި، އަދި އެފަދައިން ލިބިފައިވާ ދަލީލުތަކަކީ ހެކިންގު ހެކިބަހަށް އިތުރަށް ބުރަދަންދޭ ދަލީލުތަކަކަށް ވާންޖެހޭނެކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރ 2015/HC-A/10 ޤަޟިއްޔާގައި ބަޔާންކުރައްވާފައިވާކަމާއ، […] 5 ވަނަ ފަންގިފިލާގައި ހުރި އެޕަރޓްމަންޓުގައި މުޙައްމަދު ރިމާޙްއާއި އިތުރު 3 މީހަކު ނިދާފައި ތިބި ކޮޓަރީގެ ތެރޭގައި ހުރި ޑްރެސިންގ ޓޭބަލެއްގެ މަތީ ޝެލްފްމަތިން ފެނުނު 05 )ފަހެއް( ސެލޯފިން ކޮޅުގައާއި، ހަމަ އެ ޑްރެސިންގ ޓޭބަލްގެ ވަތްގަނޑުގެ ތެރޭގައި އޮތް ނޫކުލައިގެ ރަބަރުކޮތަޅެއްގ ތެރޭގައި އޮތ 18 )އަށާރަ( ރަބަރު ޕެކެޓުން ފެނުނު ތަކެތި މަސްތުވް ތަކެއްޗަށާ ޕޮޒިޓިވް ވެފައިވާކަން އެތަކެތީގެ ތަޙުލީލު ރިޕޯޓުން ދައްކާކަމާއި، މަސްތުވާތަކެތީގެ ތަޙުލީލު ރިޕޯޓުން އެތަކެއްޗަކީ މަސްތުވާތަކެތިކަނ އެނގެންއޮތުމަކީ ހަމައެކަނި އެރިޕޯޓުގެ މައްޗަށް ބަލައި އެތަކެއްޗަކީ ވަކި މިހެއްގެ އަތުން ނުވަތަ ވަކި މީހަކީ އެކަން ބޭނުންކުރާ ތަނަކުން ނުވަތަ އެއްޗަކުން ފެނިފައިވާ ތަކެތިކަން ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން ސާބިތުވާކަމަށް ބެލެވޭނެ ލިޔުމެއްނޫންކަމާއި އެތަކެއްޗަކީ ތުހުމަތުކުރެވޭ ފަރާތުގެ އަތުން ފެނުނުތަކެތިކަނ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ )އ( ގައިބަޔާންކުރާ އ ޞޫލުގު މަތިން ސާބިތުކުރުމަށްޓަކައ އެތަކެއްޗާއި ތުހުމަތުކުރެވޭ ފަރާތާ ހުރިގުޅުމަކީ ކޮބައިކަން ބުނެދެވެން ޖެހޭނެކަން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރ 2010/SC-A/24 ޤަޟިއްޔާއަށް ބެލުމުން އެނގެންއޮންނަކަމާއި، […] 5 ވަނަ ފަންގިފިލާގައި ހުރި އެޕަރޓްމަންޓު ބަލާފާސްކުރުމަށް ފުލުހުން ވަތް އިރު މުޙައްމަދު ރިމާޙް އޮތީ ނިދާފައިކަމާއި،މުޙައްމަދު ރިމާޙް ނިދާފައި އޮތް ކޮޓަރިން ފެނުނު މަސްތުވާތަކެތިން ފިންގަރޕްރިންޓް ލިފްޓު ކުރެވުނުކަމާއި، ނަމަވެސް މުޙައްމަދު ރ މާޙްގެ ފިންގަރޕްރިންޓް އެއިން ފެނިފައިނުވާކަން މިމައްސަލައާ ގުޅިގެން ދައުލަތުން ކްރިމިނަލް ކޯޓާއި ދިވެހިރާއްޖޭގެ ހައިކޯޓުގައި ދައްކާފައިވާ ވާހަކަތަކަށް ބެލުމުން އެނގެންއޮންނައިރު، މިމައްސަލައާ ގުޅިގެން މުޙައްމަދު ރިމާޙްގެ ޔޫރިން ތަހުލީލުކޮށ އެފަދަ ރިޕޯޓު އ ވިޔަސް ހުށަހަޅާފައިވާކަން އެނގެންނެތްކަމާއި، ދައުލަތުން ހުށަހެޅި މިދަޢުވާ މުޙައްމަދ ރިމާޙްގެ މައްޗަށް ހުށަހަޅާފައިވަނީ މަސްތުވާތަކެތި ފެނުނު ކޮޓަރީގައި މުޙައްމަދު ރިމާޙް ނިދާފައި އޮތުމާއެކު އެމަސްތުވާތަކެތީގެ ޒިންމާ އެތަނުގައި އެވަގުތު ތިބި އެއްވެސް ފަރާތަކުން ނަގާފައިނުވާތީކަމަށް ދައުލަތުން ބުނާއިރު، މިސަބަބަށްޓަކައި އެކަނި، މުޙައްމަދު ރިމާޙް އާއި ފެނުނު މަސްތުވާތަކެއްޗާ ގުޅުވާލުމަށްހަރުދަނ ޤަރީނާއެއް ހުށަހެޅިފައިނުވަނީސް އެތަކެތީގެ ޒިންމާ މުޙައްމަދު ރިމާޙް އުފުލަންޖެހޭ ކަމަށް ކަނޑައެޅުމަކީ، ޢަދުލް އިންޞާފުގެ ހަމަތަކާއި އުޞޫލުތަކާ އެއްގޮތްކަމެއް ކަމުގައި ނުބެލެވޭ ކަމެވެ. ވުމާއެކު، މިމައްސަލައިގެ ވަށައިގެންވާ އެންމެހާ ކަންކަމުގެ މައްޗަށް ބަލާއިރު، ދަޢުވާއަށް މުޙައްމަދ ރިމާޙ އިންކާރުކުރަމުންދާ ޙާލު، ކުށާއި މުއްތަހަމާ ގުޅުވާލުމަށް ހަރުދަނާ ޤަރީނާތަކެއްނެތީސް، މިމައްސަލާގައ ހެކި ހުށަހެޅިފައިވާ މިންވަރުގެ މައްޗަށް އެކަނި ބުރަވެ، މުޙައްމަދު ރިމާޙު ގެ މައްޗަށް، ޤާނޫނު ނަންބަރ 17/77 )މަސްތުވާތަކެއްޗާބެހޭ ޤާނޫނު(ގެ 2 ވަނަ މާއްދާގެ )ހ( އާ ޙަވާލާދީ، އެމާއްދާގެ )ރ( ގެ ދަށުނ މަނާކުރެވިފައިވާ މަސްތުވާއެއްޗެއް ވިޔަފާރިކުރުމަށްޓަކައި އަތުގައި ބެހެއްޓުމުގެ ކުށުގެ ދަޢުވާ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ )އ( ގައި ބަޔާންކޮށްފައިވާ އެކަށީގެންވާ މިންވަރުގެ ޝައްކެއްނިތް މިންވަރަށް ޝާރީޢަތަށް ސާބިތުކޮށްދެވިފައް ވާކަމަށް މި މައްސަލަ ބެލުމުގައި ބައިވެރިވި އެއްވެސ ފަނޑިޔާރަކަށް ނުފެނުނުކަމާއި، އެހެންކަމުން، ކްރިމިނަލް ކޯޓުގެ ނަންބަރ 201/Cr-C/2014 ޤަޟިއްޔާގއަ ކުރައްވާފައިވާ ޙުކުމުގައި،މަނާކުރެވިފައިވާ މަސްތުވާއެއްޗެއް ވިޔަފާރިކުރުމަށްޓަކައި އަތުގައި ބެހެއްޓުމުގު ކުށުން މުޙައްމަދ ރިމާޙާކުށްވްރިވެއްޖެކަމަށް ކަނޑައަޅުއްވާފައިވ ބަޔަށް ބަދަލު ގެންނަންޖެހޭކަމަށް މި މައްސަލަ މިކޯޓުގައި ބެލި ފަނޑިޔާރުންނަށް އިއްތިފާޤުވެވުނެވެ. • ޙުކުމް: ދެންފަހެ، އިސްވެ ބަޔާންކުރެވިދިޔަ ސަބަބު ތައު އެފަދައިން ހުރުމުން، ކްރިމިނަލް ކޯޓުގެ ނަންބަރ 201/Cr-C/2014 ޤަޟިއްޔާގައި، ސ. މަރަދޫ/ ސަލްޓަންވިލާ މުޙައްމަދު ރިމާޙްގެ މައްޗަށްމަނާކުރެވިފައިވ މަސްތުވާއެއްޗެއް ވިޔަފާރިކުރުމަށްޓަކައި އަތުގައި ބެހެއްޓުމުގެ ކުށް ސާބިތުވާކަމަށް ކަނޑައަޅުއްވާފައިވާ އެޙުކުމުގެ އެބައި ބާޠިލްކޮށް، މި ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި ޙުކުމްކޮށްފީމެވެ.

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ޝެއަރ ކުރައްވާ