—
ޚުލާޞާ
ޚުލާޞާ ނެތް.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- —
- ފަހުގެ ތާރީޚު
- —
ނިންމުން
—
ކޯ ޓާމްސް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
މި ލިޔުމުން އުޞޫލެއް ނުނެގުނު.
ފަނޑިޔާރުން
- ބެންޗު
- —
- ޚިލާފު ރައުޔު
- ނެތް
ޝަރީޢަތުގެ ވީޑިއޯ
ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރު: 2010/SC-A/07
ދަޢުވާކުރާ ފަރާތް: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ދަޢުވާލިބޭ ފަރާތް: ޢަބްދުﷲ ރަޝީދު
މައްސަލައިގެ ބާވަތް: މަނާކުރެވިފައިވާ މަސްތުވާ އެއްޗެއް ބޭނުންކުރުމާއި، ވިޔަފާރީގެ ބޭނުމަށް އަތުގައި ބެހެއްޓުން
މައްސަލަ އައިގޮތް: އިލްތިމާސްކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމުން
ހުށަހެޅުނު ތާރީޚް: 22 ފެބުރުއަރީ 2010
ނިމުނު ތާރީޚް: 01 ޖޫން 2011
މައްސަލަ ނިންމި ގަޑި: 14:53
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
އުއްތަމަ ފަނޑިޔާރު އަޙްމަދު ފާއިޒު ޙުސައިން، ފަނޑިޔާރު ޢަބްދުﷲ ޢަރީފް، ފަނޑިޔާރު ޢަލީ ޙަމީދު މުޙައްމަދު
އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ
ނަންބަރު: 2322009/HC-A/
ނިންމެވި ކޯޓު: ދިވެހިރާއްޖޭގެ ހައިކޯޓު
ހުށަހެޅުނު ތާރީޚް: 06 އޯގަސްޓް 2009
ނިމުނު ތާރީޚް: 15 ޑިސެމްބަރު 2009
މައްސަލައިގެ ޚުލާޞާ
މިއީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2009/HC-A/232 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށްބުނެ ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން އެޤަޟިއްޔާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިލްތިމާސްކުރުމުން ބެލެވިފައިވާ މައްސަލައެކެވެ. މިޤަޟިއްޔާގައި މައްސަލަ ރައްދުވާފަރާތަކީ ހދ.ކުޅުދުއްފުށި އުއްދަނޑިމާގޭ ޢަބްދުﷲ ރަޝީދުއެވެ.
ފާހަގަ ކުރެވުނު ނުކުތާތައް
މިމައްސަލައާގުޅިގެން ދެފަރާތުން ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅިފައިވާ ލިއުންތަކަށާއި މިބާވަތުގެ މައްސަލަތަކުގައި ޢަމަލުކުރަންޖެހޭ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނައި ބަލާއިރު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވިކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
ހ. ފުރަތަމަކަމަކީ ހދ. ކުޅުދުއްފުށި އުއްދަނޑިމާގެ ޢަބްދުﷲ ރަޝީދުގެ މައްޗަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ޤާނޫނު ނަންބަރު 17/77 ގެ 2 ވަނަ މާއްދާގެ (ހ) ގެ ދަށުން މަނާކުރެވިފައިވާ މަސްތުވާއެއްޗެއް ވިޔަފާރީގެ ބޭނުމަށްޓަކައި އަތުގައި ބެހެއްޓުމުގެ ކުށުގެ ދަޢުވާކޮށްފައިވާއިރު އެރަށު ބަނދަރުގައި އޮތް ބޯޓަކުން ޢަބްދުﷲ ރަޝީދު ބާލައިގެން ގެންދިޔަ ބިސްކޭހެއްް ބަލައި ފާސްކުރުމުގެތެރޭގައި މަނާކުރެވިފައިވާ މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ފެނިފައިވާކަން މިމައްސަލައާގުޅިގެން ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅިފައިވާ ލިއުންތަކުންނާއި ދެފަރާތުގެ ބަހުންއެނގެން އޮންނައޮތުމެވެ.
ށ. ދެވަނަކަމަކީ ޢަބްދުﷲ ރަޝީދު ސިކަންދަރު ބޯޓުން ބާލައިގެން ގެންދިޔަ ބިސްކޭހުގެ ތެރެއިން ފެނިފައިވާ މަސްތުވާތަކެތިކަމަށް ތުހުމަތުކުރެވޭ ތަކެއްޗަކީ މަނާކުރެވިފައިވާ މަސްތުވާތަކެތީގެ ބާވަތެއްކަމުގައިވާ ހެރޮއިންކަމާއި އޭގެ ބަރުދަނަކީ 2.8ގްރާމް ކަމާ، އަދި އެތަކެތި ތަހްލީލްކޮށްފައިވާ ގ.މޮހޮރީގޭ ސަރޖެންޓް އަޙްމަދު ޝުޖާދަކީ އެފަދަތަކެތި ތަހްލީލް ކުރުމުގެ ހުއްދަ ޤާނޫނު ނަންބަރު 17/77 ގައި ބަޔާންކުރެވިފައިވާ ގޮތުގެމަތިން ލިބިފައިވާ ފަރާތެއްކަމާއި މިކަންކަން މިމައްސަލައާގުޅިގެން ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅިފައިވާ ލިއުންތަކުންނާއި ޝަރީޢަތުގެ މަޖިލީހަށް ބަޔާންދީފައިވާ ފަރާތްތަކުގެ ބަޔާނުން އެނގެންއޮތްއިރު، އެއިން ކަމަކާމެދު ދަޢުވާލިބޭ ފަރާތުން އިޢުތިރާޒްކޮށްފައިނުވާކަން ފާހަގަކުރެވިފައިއޮންނައޮތުމެވެ.
ނ. ތިންވަނަކަމަކީ ހދ. ކުޅުދުއްފުށި ފަޅުގައިއޮތް ސިކަންދަރު ބޯޓުން ޢަބްދުﷲ ރަޝީދު ބާލައިގެން ގެންދިޔަ ބިސްކޭހަކީ ހދ. ކުޅުދުއްފުށި ހުވަފެނީއައްސޭރިއަށް ރައްދު ކުރުމަށްޓަކައި ސިކަންދަރު ބޯޓުގެ ކެޕްޓަނުގެ ހަވާލުގައި ކުޅުދުއްފުށްޓަށް ފޮނުވިފައިވާ ބިސްކޭހެއްކަން މިމައްސަލައާގުޅިގެން ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅިފައިވާ ލިއުންތަކުންނާއި ދެފަރާތުގެ ބަހުން އެނގެންއޮތްއިރު، އެބިސްކޭސް ޢަބްދުﷲ ރަޝީދު ބޯޓުންބާލައިގެން ދިޔަކަމުގައިވިޔަސް، ޢަބްދުﷲ ރަޝީދު އާއި އެބިސްކޭހާ އެއްވެސްގުޅުމެއްނެތްކަމަށާއި ޢަބްދުﷲ ރަޝީދު އެބިސްކޭސް ބޯޓުންބާލައިގެން ގެންގޮސްފައިވަނީ ޢަބްދުﷲ ރަޝީދުގެ ރައްޓެއްސެއްކަމުގައިވާ ހދ. ކުޅުދުއްފުށި ހުވަފެނީއައްސޭރި ފަތުހުﷲ ޙަސަން އެބިސްކޭސް ބޯޓުން ބާލައިގެން ހުވަފެނީއައްސޭރިއަށް ގެނެސްދިނުމަށް އެދުނުއެދުމަކާގުޅިގެންކަމަށް ޢަބްދުﷲ ރަޝީދު ބުނާބުނުމާމެދު ފަތުހުﷲ ޙަސަން ސާފުބަހުން އިންކާރުކޮށްފައިވާކަން ފާހަގަކުރެވިފައިވާއިރު، ޢަބްދުﷲ ރަޝީދުގެ ބެލުމުގެދަށުގައި ހުއްޓައިފެނިފައިވާ ބިސްކޭހާއި އެބިސްކޭހުގައި ހުރިނަމަހުރި އެއްޗަކާމެދު ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެމަތިން ޒިއްމާވާންޖެހޭ، ޢަބްދުﷲ ރަޝީދު ނޫން އެހެންފަރާތެއްވާކަން ޢަބްދުﷲ ރަޝީދަށް ޝަރީޢަތަށް ސާބިތުކޮށްދެވިފައިނުވާކަން ފާހަގަކުރެވިފައި އޮންނައޮތުމެވެ.
ރ. ހަތަރުވަނަކަމަކީ ހުށަހެޅިފައިވާ ދަޢުވާގައި ބުނެފައިވާ ބިސްކޭސް ސިކަންދަރު ބޯޓަށް އެރުވި ފަރާތުން އެއީ ހދ. ކުޅުދުއްފުށި ހުވަފެނީއައްސޭރިއަށް ލިބެންޖެހޭއެއްޗެއްކަމަށް ބުނެފައިވާކަމާއި އެބިސްކޭހުގެ ބޭރުގައިވެސް އެގޭގެ އެޑްރެސް ލިޔެފައިވާކަން އެނގެންއޮތްކަމުގައިވިޔަސް، އެބިސްކޭސް ސިކަންދަރު ބޯޓަށްެއަރުވައި އެއަށްވާ ނާލު ދެއްކީ ކޮންބައެއްކަން އެނގެންނެތުމާއެކު، އަދި އެބިސްކޭސް ޙަވާލުކޮށްފައިވަނީ ހުވަފެނީއައްސޭރިން ފޮނުވައިގެން އައިމީހެއްކަމަށްބުނާ މީހަކާކަމަށް އެބޯޓުގެ ކެޕްޓަން ބުނެފައިވިޔަސް އެބިސްކޭހާ ހަވާލުވެގެން ގެންދިއުމުގެތެރޭގައި ފުލުހުން އަތުލައިގެންފައިވާ ފަރާތަށް އެބުނާ ބިސްކޭސް ގެނައުމަށް އަންގާފައިނުވާކަމަށްބުނެ އެބިސްކޭސް ގެނައުމަށް ޢަބްދުﷲ ރަޝީދު ކައިރީގައި ބުނެފައިވާކަމަށް ޢަބްދުﷲ ރަޝީދު ބުނާ ފަތުހުﷲ ޙަސަން ޢަބްދުﷲ ރަޝީދުގެ އެވާހަކަ ދޮގުކޮށްފައި އޮތުމުން އެބިސްކޭސް ބޯޓަށް އެރުވީ ކޮންބައެއްކަން ނޭނގޭ ދެމީހެއްކަމަށާ، އަދި ޢަބްދުﷲ ރަޝީދު އެބިސްކޭހާ ހަވާލުވެފައިވަނީ ކުޅުދުއްފުށީ ހުވަފެނީއައްސޭރި ފަތުހުﷲ ޙަސަން ބުނެގެންކަމަށް ޢަބްދުﷲ ރަޝީދު ބުނާއިރު އެފަދަ ހެކިތަކެއް ޝަރީޢަތަށް ޢަބްދުﷲ ރަޝީދުގެ ފަރާތުން ހުށަހެޅިފައިނުވާކަން ފާހަގަކުރެވިފައި އޮންނައޮތުމެވެ.
ބ. ފަސްވަނަކަމަކީ އިސްވެ އިޝާރާތްކުރެވުނު ކަންތައްތައް އެހެންހުރިކަމުގައިވިޔަސް މިމައްސަލައިގައި ފާޅުކަންބޮޑުގޮތެއްގައި އެނގެންހުރި ޙަޤީޤަތަކީ ސިކަންދަރު ބޯޓުން ޢަބްދުﷲ ރަޝީދު ބާލައިގެން ގެންދިޔަ ބިސްކޭހުގެ ތެރެއިން މަސްތުވާތަކެތި ފެނިފައިވާކަމާއި އެބިސްކޭސް ޢަބްދުﷲ ރަޝީދުގެ ބެލުމާއި ހިޔާޒަތުގެ ދަށަށް އައިގޮތް ޢަބްދުﷲ ރަޝީދަށް ޝަރީޢަތަށް ސާބިތުކޮށްދެވިފައިނުވާކަމާއި ކޮންމެމީހަކީވެސް އެމީހެއްގެ ހިޔާޒަތުގެ ދަށުގައި ހުންނަތަކެއްޗާމެދު ޝަރީޢަތާއި ޤާނޫނުގެ ކުރިމަތީގައި ޒިއްމާވާއުފުލަންޖެހޭ މީހަކަށްވާއިރު، ޢަބްދުﷲ ރަޝީދުގެ ހިޔާޒަތުގެދަށުގައި ހުރި ބިސްކޭހެއްގެތެރެއިން ފެނިފައިވާ މަސްތުވާތަކެއްޗާ ބެހޭގޮތުން ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެމަތިން ޒިންމާއުފުލަންޖެހޭ ފަރާތެއް ޢަބްދުﷲ ރަޝީދު އަށް ނުދެއްކޭހާހިނދަކު އެތަކެއްޗާމެދު ޝަރީޢަތާއި ޤާނޫނުގެ ކުރިމަތީގައި ޖަވާބުދާރީވާންޖެހޭ ފަރާތަކީ ޢަބްދުﷲ ރަޝީދު ކަމަށްވާތީ މިމައްސަލައިގައި ދިވެހިރާއްޖޭގެ ހައިކޯޓުން ރިޢާޔަތްކުރެއްވިގޮތް ބުނެވިދިޔަ ސަބަބަށްޓަކައި ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ އެއްގޮތްވާކަމަށް މިމައްސަލަބެލި ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ފަނޑިޔާރުންނަށް ނުފެންނާތީ ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ފަނޑިޔާރުން ދެކެނީ އިސްވެބަޔާންކުރެވިދިޔަ ސަބަބުތަކަށްޓަކައި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު2009/HC-A/232 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭނޭކަމަށެވެ.
ޙުކުމް:
ހދ. ކުޅުދުއްފުށީ ފަޅުގައިއޮތް ސިކަންދަރު ބޯޓުން ހދ. ކުޅުދުއްފުށި، އުއްދަނޑިމާގެ ޢަބްދުﷲ ރަޝީދު ބާލައިގެން ގެންދިޔަ ބިސްކޭސްހުގައި މަސްތުވާތަކެތި ހުރިކަމަށް ފުލުހުންނަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން، ޢަބްދުﷲ ރަޝީދު އެބިސްކޭސް ބޯޓުން ބާލައިގެން ދަނިކޮށް، ހުއްޓުވައި ބަލައި ފާސްކުުރުމުގެ ތެރޭގައި، ބަރުދަނުގައި 2.8 ގުރާމްހުރި މަނާކުރެވިފައިވާ މަސްތުވާ ތަކެތީގެ ބާވަތެއްކަމުގައިވާ ހެރޮއިން ފެނިފައިވާކަން މިމައްސަލައާ ގުޅިގެން ދެފަރާތުންމެ ދަށުކޯޓާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖުލީހުގައި ދައްކާފައިވާ ވާހަކަތަކުން އެނގެން އޮތްއިރު، އެބިސްކޭހާއި އޭގައި ހުރި މަސްތުވާތަކެއްޗާވެސް ޢަބްދުﷲ ރަޝީދުއާ އެއްވެސް ގުޅުމެއް ނުވާ ކަމަށާ، އަދި އެބިސްކޭހާ ހަވާލުވެ ބޯޓުން ބާލައިގެން ޢަބްދުﷲ ރަޝީދު ގެންދިޔައީ ހދ. ކުޅުދުއްފުށީ ހުވަފެނީއައްސޭރި ފަތުޙުﷲ ޙަސަން ބުނެގެން އެގެއަށް އެބިސްކޭސް ރައްދުކުރުމަށްޓަކައިކަމަށް ޢަބްދުﷲ ރަޝީދު ބުނާ ބުނުމާމެދު ފަތުޙުﷲ ޙަސަން ސާފުބަހުން އިންކާރުކޮށްފައިވާތީ އާއި ޢަބްދުﷲ ރަޝީދުގެ ހިޔާޒަތުގެދަށުގައި ހުއްޓައި ފެނިފައިވާ މަސްތުވާ ތަކެތި ޢަބްދުﷲ ރަޝީދުގެ ހިޔާޒަތުގެދަށަށް އައި ގޮތެއް ޢަބްދުﷲ ރަޝީދުއަށް ޝަރީޢަތަށް ޘާބިތު ކޮށްދެވިފައިނެތުމުން ޢަބްދުﷲ ރަޝީދުގެ ހިޔާޒަތުގެ ދަށުން ފެނިފައިވާ މަސްތުވާ ތަކެއްޗާ ބެހޭގޮތުން ޝަރީޢަތާއި ޤާނޫނުގެ ކުރިމަތީގައި ޖަވާބުދާރީ ވާންޖެހޭ ފަރާތަކީ ހދ. ކުޅުދުއްފުށި އުއްދަނޑިމާގެ ޢަބްދުﷲ ރަޝީދުކަމަށް ޝަރުޢީ އަދި ޤާނޫނީ ގޮތުން ބަލަން ޖެހޭނެތީ އާއި ޢަބްދުﷲ ރަޝީދުގެ މައްޗައް މަނާ ކުރެވިފައިވާ މަސްތުވާ އެއްޗެއް ވިޔަފާރީގެ ބޭނުމަށްޓަކައި އަތުގައި ބެހެއްޓުމުގެ ކުށް ޘާބިތުވާކަމަށް ޖިނާޢީ ކޯޓުގެ ނަންބަރު 648/JC/2009 ޤަޟިއްޔާ ގައި ކުރައްވާފައިވާ ޙުކުމް ބާޠިލް ކުރައްވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 232/HC-A/2009 ޤަޟިއްޔާގައި ޢަބްދުﷲ ރަޝީދުގެ މައްޗައް އުފުލިފައިވާ ދަޢުވާ ޘާބިތު ނުވާކަމަށް ކަނޑައެޅުއްވި ކަނޑައެޅުއްވުން ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާތީ ހައިކޯޓުގެ ބުނެވިދިޔަ ނަންބަރ 232/HC-A/2009 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަކީ ބާޠިލް ޙުކުމެއްކަމަށް ކަނޑައެޅުމާއެކު، ހދ. ކުޅުދުއްފުށި އުއްދަނޑިމާގޭ ޢަބްދުﷲ ރަޝީދުގެ ހިޔާޒަތުގެދަށުން ފެނިފައިވާ މަސްތުވާ ތަކެތީގެ ބަރުދަނުގައި 2.8 ގުރާމް ހުރިކަން ޝަރީޢަތައް ޘާބިތުވެފައިވާތީ، ޤާނޫނު ނަންބަރު 77/17 (މަސްތުވާ ތަކެއްޗާބެހޭ ޤާނޫނު)ގެ 02 ވަނަ މާއްދާގެ (ހ) އާއި (ށ) އަށް ރިޢާޔަތްކޮށް ޢަބްދުﷲ ރަޝީދުގެ މައްޗަށް ސާބިތުވި މަނާކުރެވިފައިވާ މަސްތުވާ އެއްޗެއް ވިޔަފާރީގެ ބޭނުމަށްޓަކައި އަތުގައި ބެހެއްޓުމުގެ ކުށަށް ޤާނޫނު ނަންބަރު 77/17 ގެ 02 ވަނަ މާއްދާގެ (ރ)ގެ ދަށުން ހދ. ކުޅުދުއްފުށި އުއްދަނޑިމާގެ ޢަބްދުﷲ ރަޝީދު އުމުރަށް ޖަލައްލުމަށް ޙުކުމް ކޮށްފީމެވެ.
އުއްތަމަ ފަނޑިޔާރު އަޙްމަދު ފާއިޒު ޙުސައިން
ފަނޑިޔާރު ޢަބްދުﷲ ޢަރީފް
ފަނޑިޔާރު ޢަލީ ޙަމީދު މުޙައްމަދު
ަ
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.