ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
2021/HC-B12/62,63,64,65

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އަޙްމަދު އަހުނަފް އަސްފާގު

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި
1 ޙުކުމެއްގައި ޙަވާލާދީފައިޙުކުމުގެ ހާލަތު
ހައިކޯޓު · 12 އޮކްޓޫބަރު 2021ދަށު ކޯޓު: ކްރިމިނަލް ކޯޓު 145-B8/AM/(2021)/04ބާވަތް: ޖިނާއީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
ކްރިމިނަލް ކޯޓު 145-B8/AM/(2021)/04
ފަހުގެ ތާރީޚު
ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް

ކޯ ޓާމްސް

ޚުލާޞާ

ކޯޓަށް އައި ގޮތް
ކްރިމިނަލް ކޯޓުން ބަންދު މުރާޖަޢާކޮށް، އެހެން މުއްތަހަމަކު ޒިންމާ ނެގުމުން ޙާލަތު ބަދަލުވީކަމަށް ބަލައި ހަތަރު ފަރާތް ބަންދުން ދޫކޮށްލުމަށް ނިންމިއެވެ.
ވާޤިޢާ
ބައެއް ފަރާތްތަކާ ބައިވެރިވެ ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް ވިޔަފާރިކުރިކަމުގެ ތުހުމަތުގައި ހަތަރު މީހަކު ޝަރީޢަތް ނިމެންދެން ބަންދުގައި ތިއްބައި، އެ މައްސަލައިގެ އެހެން މުއްތަހަމަކު ދަޢުވާއަށް އިޢުތިރާފުވެ، ގެއިން ފެނުނު މަސްތުވާތަކެތީގެ ޒިންމާ ނަގައި ޙުކުމް ލިބުނެވެ.
ކޯޓުން ނިންމަން ޖެހުނު ސުވާލު
މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ތުހުމަތުގައި ޝަރީޢަތް ނިމެންދެން ބަންދުގައި ތިބި ފަރާތްތަކުގެ ބަންދު 30 ދުވަހުގެ މުރާޖަޢާގައި، މަސްތުވާތަކެތީގެ ޒިންމާ އެހެން މުއްތަހަމަކު ނެގުމަކީ ބަންދުގެ ސަބަބު ފިލައިގެންދާ ޙާލަތު ބަދަލުވުމެއްކަމަށް ބަލައި ދޫކޮށްލުން ޞައްޙަތޯ.
ޚަޞްމުންގެ ހުށަހެޅުންތައް
ދައުލަތުން ބުނީ ދަށު ކޯޓުގެ ނިންމުމަކީ ޝަހީބް އިބްރާހީމް ޤަޟިއްޔާއާއި 60 (ވ) އާއި ގަވާއިދުގެ 13 (ނ) އާ ޚިލާފު ނިންމުމެއްކަމަށާއި، ބަންދުގެ ސަބަބަށް ބަދަލު އައިސްފައި ނުވާކަމަށެވެ. ތުހުމަތުކުރެވޭ ފަރާތްތަކުން ބުނީ މަސްތުވާތަކެތި ފެނުނު ތަނަކީ އެމީހުންގެ ހިޔާޒަތުގައިވާ ތަނެއް ނޫންކަމަށާއި، ޒިންމާ އުފުލާނެ އެހެން ފަރާތެއް ފެނުމުން ޙާލަތު ބަދަލުވީކަމަށެވެ.
ކޯޓުގެ ސަބަބުތައް
މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 146 ވަނަ މާއްދާގެ ދަށުން އެކަކު ޒިންމާ ނެގުމުން ބާކީ މީހުންގެ ބައިވެރިވުމަށް ފާޅުކަން ބޮޑު ބަދަލެއް ނާދާނެކަމަށާއި، ދަށު ކޯޓުން ހެކިތަކަށް ބަލައި ބަދަލު ތަފްޞީލުކޮށް ބަޔާން ނުކޮށް ޙާލަތު ބަދަލުވީކަމަށް ބުނުމުން ފިޔަވައި ސަބަބެއް ނުދައްކާތީ ދޫކުރި ނިންމުންތައް ބާޠިލުކުރިއެވެ.

ނިންމުން

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި

ބަންދުން ދޫކުރި ކްރިމިނަލް ކޯޓުގެ ނިންމުންތައް ބާޠިލު، ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުމުގެ އަމުރުތައް ޤާއިމް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ވ) ގެ ދަށުން ޝަރީޢަތް ނިމެންދެން ބަންދުކުރުމުގެ ނިންމުން ކޮންމެ 30 ދުވަހަކުން މުރާޖަޢާކުރުމުގެ މަޤްޞަދަކީ ބަންދުގައި ބެހެއްޓި ސަބަބު ވުޖޫދުގައި އޮތްތޯ ބަލައި، ސަބަބު ފިލައިގޮސްފައިވާނަމަ ދޫކޮށްލުމާއި ސަބަބު ވުޖޫދުގައިވާނަމަ ބަންދުގައި ބެހެއްޓުމެވެ؛ މުރާޖަޢާގައިވެސް ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުރިތޯއާއި ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 59 އާއި 60 ވަނަ މާއްދާގެ ޙާލަތެއް ވުޖޫދުގައިވޭތޯ ބަލަންވާނެއެވެ.

HN2 ބަންދުގެ ސަބަބު ވުޖޫދުގައިވޭތޯ ބެލުމުގައި ފަނޑިޔާރުގެ ނިންމުން ބިނާކުރަންވާނީ އެ ހިނދަށް ހާމަކުރެވިފައި ނުވަތަ ހުށަހެޅިފައިވާ ހެކިޤަރީނާގެ މައްޗަށެވެ؛ މުއްތަހަމާއި ކުށާ ސީދާ ގުޅުވައިދޭ ހެކިބަސް ލިބިފައިނުވާކަން ފާޅުކަން ބޮޑުގޮތެއްގައި އެނގޭ ޙާލަތުގައި ބަންދަށް ލުއި ދިނުމުގެ އިޚްތިޔާރު ފަނޑިޔާރަށް ލިބިގެންވެއެވެ.

HN3 ގަވާއިދުގެ 13 ވަނަ މާއްދާގެ (ނ) ގައިވާ ރެކޯޑާއި، މުޖުތަމަޢުގައި އަދާކުރާ ދައުރާއި ވަޒީފާއާއި ދިރިއުޅުމާއި، ކުށުގެ ބޮޑުމިނާއި ބާވަތަކީ މައްސަލަ ހިނގަމުންދާ މިންވަރަކުން ބަދަލުވާ ކަންކަމެއް ނޫނެވެ؛ ނަމަވެސް ކުށްކުރި ޙާލަތާއި އަނިޔާވެރިކަމާއި ކުށުގައި ބައިވެރިވި ގޮތަކީ ހުށަހެޅޭ ހެކިޤަރީނާގެ މައްޗަށް ބަދަލުވެދާނެ ކަންކަމެވެ.

HN4 މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 146 ވަނަ މާއްދާގެ ދަށުން އެކަކަށްވުރެ ގިނަ މީހުންނަށް އެނގިގެން އެމީހުންގެ ރުހުމާއެކު ވަކި މީހެއްގެ އަތުގައި މަސްތުވާތަކެތި ހުރެއްޖެނަމަ ކޮންމެ މީހެއްގެ އަތުގައި އެ ޢަދަދަށް ހުރީކަމަށް ބެލެވޭތީ، ގިނަ ބަޔަކު ބައިވެރިވާ ޓްރެފިކިންގ މައްސަލައެއްގައި އެކަކު މަސްތުވާތަކެއްޗަށް ޒިންމާ ނެގުމަކީ ބާކީ މުއްތަހަމުންގެ ބައިވެރިވުމާމެދު ޝައްކު އުފެދޭ ނުވަތަ މުޖުތަމަޢަށް އޮތް ނުރައްކާ ނެތިދާނެކަން ފާޅުކަން ބޮޑުގޮތެއްގައި ހާމަކުރާ ކަމެއް ނޫނެވެ.

HN5 ޙާލަތު ބަދަލުވީކަމަށް ބަލައި ބަންދުން ދޫކުރާނަމަ، ދައުލަތުން ހުށަހެޅި ހެކީގެ މިންވަރާއި ބާވަތާއި އެ ހެކި ސާބިތުކުރަނީ ކޮން ކަމެއްކަން ބަލައި، އައި ބަދަލުގެ ސަބަބުން ތުހުމަތަށް ނުވަތަ ކުށުގައި ބައިވެރިވިކަމަށް ފާޅުކަން ބޮޑު ބަދަލެއް އަންނަކަން ތަފްޞީލުކޮށް ބަޔާންކުރަންވާނެއެވެ؛ ޙާލަތު ބަދަލުވީކަމަށް ބުނުމުން ފިޔަވައި ތަފްޞީލެއް ނެތި ދޫކޮށްލާ ނިންމުމަށް ބަދަލު ގެންނަންޖެހެއެވެ.

ވަކީލުންނާއި ފަނޑިޔާރުން

ވަކީލުން
—
ބެންޗު
ފާޠިމަތު ފަރްހީޒް، ހާތިފް ޙިލްމީ (އިސް ފަނޑިޔާރު)، މުޙައްމަދު ނިޔާޒް
ރިޔާސަތު
—
ރައުޔު ލިޔުނު ފަނޑިޔާރު
ފާޠިމަތު ފަރްހީޒް · ތާއީދުކުރެއްވީ: ހާތިފް ޙިލްމީ (އިސް ފަނޑިޔާރު)، މުޙައްމަދު ނިޔާޒް
ޚިލާފު ރައުޔު
ނެތް
މި ކޯޓުގައި
ރަޖިސްޓްރީކުރީ 3 އޮކްޓޫބަރު 2021 · ނިމުނީ 12 އޮކްޓޫބަރު 2021 (9 ދުވަސް)

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

1ޤަޟިއްޔާ ނަންބަރު: 2021/HC-B12/62,63,64,65

2އިސްތިއުނާފުކުރި ފަރާތް: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް

3އިސްތިއުނާފުރައްދުވި ފަރާތްތައް: އަޙްމަދު އަހނަފް އަސްފާޤު، ވާރޭވިލާ މުޙައްމަދު، ނައިންފުލާވާރ މ މުޙައްމަދު، ޗިޗަންޑާގެ ތަޤިއްޔު، ޒޫމް

4މައްސަލައިގެ ބާވަތް: ބަންދު މުރާޖަޢާކޮށް ނިންމިގޮތް މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް: ފަނޑިޔާރު ފާޠިމަތު ފަރްހީޒާ އިސް ފަނޑިޔާރު ހާތިފް ޙިލްމީ ފަނޑިޔާރު މުޙައްމަދު ނިޔާޒް ނިމުނު ތާރީޚް: 06 ރަބީޢުލްއައްވަލު 1443 12 އޮކްޓޫބަރު 2021 26 ޞަފަރު 1443 ހައިކޯޓުގައި ޤަޟިއްޔާ ރަޖިސްޓްރީ ކުރެވުނު ތާރީޚް: 03 އޮކްޓޫބަރު 2021 އިސްތިއުނާފުކުރެވުނު މައްސަލަ:

5ނަންބަރު: 145-B8/AM/(2021)/04

6ނިންމި ތަން: ކްރިމިނަލް ކޯޓު

7ބާވަތް: ކޯޓު އަމުރު މުރާޖަޢާކޮށްދިނުން

8ހުށަހެޅުނު ތާރީޚް: 24 އޮގަސްޓް 2021 9. ނިމުނު ތާރީޚް: 19 ސެޕްޓެމްބަރު 2021 ޖިނާއީ - ބަންދު އަމުރު މުރާޖަޢާކުރުން- ޖިނާއި އިޖުރާއަތުގެ ޤާނޫނު 60 )ވ( - ގަވާއިދު ނަންބަރު 2021-SC-REG-01 )ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދު( ގ 13ވަނަ މާއްދާ - ބަންދުގައި ބެހެއްޓި ސަބަބު ވުޖޫދުގައި ވޭތޯ ބެލުން

ފަނޑިޔާރު ފާޠިމަތު ފަރްހީޒގާ ރައުޔު ) މިރައުޔަށް އިސީފަނޑިޔާރ ހާތިފް ޙިލްމު އާއި ފަނޑިޔާރުމުޙައްމަދ

ނިޔާޒް ތާއީދު ކުރެއެވެ. (

ތަޢާރުފު

1. މިއީ، ކްރިމިނަލް ކޯޓުގެ ނަންބަރު B8/AM/(2021)/04145- އާއި ނަންބަރު B8/AM/(2021)/05145- އާއި ނަންބަރު B8/AM/(2021)/06145- އާއި ނަންބަރު B8/AM/(2021)/07145- ބަންދު މުރާޖަޢާކޮށް ނިންމި ނިންމުންއެކޯޓުނީ ނިންމިފައިވަނީ ޝަރުޢީ އަދާޤާނޫނީ އުޞޫލުތަކް ޚިލާފަ ށެކަމަށްބުނެ، އ 4 )ހަތަރު( ނިންމުންއިސްތިއުނާފު ކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހާ ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބަލާފައިވާ ޤަޟިއްޔެތެކކވެ.

2. ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ހުށަހެޅި އިސްތިއުނާފީ މ 4 )ހަތަރެއް( ނިންމުންބިނާވެފައިވަނީ، ޤާނޫނ އެއްނުކުތާތަކެއްގެ މައްޗަށް ކަމަށްވާތީ އާއި އަދި އިސްތިއުނާފަށް ހުށަހެޅިފައިވާ ނުކުތާތަކުގައި ބަޔާން ކުރަނީ މައިގަނޑު ޤާނޫނީ އެއް ސުވާލުކަމަށްވާތީ، ދިވެހިރާއްޖޭގެ ހައިކޯޓުގައި މި ނިންމުނި ތައު ކުރިއަށް ގެންދެވިފައިވަނީ، ތިރީގައި ބަޔާންކުރެވިފައިވ 04 ޤަޟިއްޔާގެ އަޑުއެހުން އެއް އަޑުއެހުމެއްގު ގޮތުގައެވެ.

2.1- ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު: 2021/HC-B12/62 ޤަޟިއްޔާ، )ކްރިމިނަލް ކޯޓުގެ ނަންބަރު:B8/AM/(2021)/04145- ބަންދު މުރާޖަޢާކޮށް ނިންމގޮތި (؛ މިޤަޟިއްޔާގައި ދަޢުވާ ރައްދުވާ ފަރާތަކީ، ކ. މާފުށި، […] އަޙްމަދު އަހުނަފް އަސްފާޤު )ދރއ.( އެ ވެ.

2.2- ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު:2021/HC-B12/63 ޤަޟިއްޔާ،)ކްރިމިނަލް ކޯޓުގެ ނަންބަރު:5B8/AM/(2021)/0145- ބަންދު މުރާޖަޢާކޮށް ނިންމިގޮތް(؛ މިޤަޟިއްޔާގައި ދަޢުވާ ރައްދުވާ ފަރާތަކީ، ގއ. ވިލިނގިލި، ނައިންފުލާވަރ، އީމާން މުޙައްމަދު )ދރއ. ކާޑު ނަންބަރު:

2.3- ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު:2021/HC-B12/64 ޤަޟިއްޔާ،)ކްރިމިނަލް ކޯޓުގެ ނަންބަރު:6B8/AM/(2021)/0145- ބަންދު މުރާޖަޢާކޮށް ނިންމިގޮތް(؛ މިޤަޟިއްޔާގައި ދަޢުވާ ރައްދުވާ ފަރާތަކީ، ގދ. ވާދޫ، […] ވިޝާމް މުޙައްމަދު )ދރއ. ކާޑު ނަންބަރު:

2.4- ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު:2021/HC-B12/65 ޤަޟިއްޔާ،)ކްރިމިނަލް ކޯޓުގެ ނަންބަރު:7B8/AM/(2021)/0145- ބަންދު މުރާޖަޢާކޮށް ނިންމިގޮތް( ؛ މިޤަޟިއްޔާގައި ދަޢުވާ ރައްދުވާ ފަރާތަކީ، ގއ. ވިލިނގިލި، ޒޫމް، މުޙައްމަދު ތަޤިއްޔު )ދރއ. ކާޑު ނަންބަރު: މައްސަލައިގައި ކަން ހިނގާފައިވާގޮތ :

1. ގއ.ވިލިނގިލި / ޒޫމް، މުޙައްމަދ ތަޤިއްޔު އާއިގއ.ވިލިނގިލި / ނައިންފުލާވަރް،އީމނ މުޙައްމަދު، އިތުރު ބަޔަކާ ބައިވެރިވެގެން ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް، އެތަކެތި ބޭނުންކޮށް، ގެންގުޅެ، ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވި، އެ މައްސަލައިގައިމުޙއްމަދަ ތަޤިއްޔު އާއި، އަޙްމަދު އަހުނަފް އަސްފާޤު އާއި، ވިޝާމް މުޙައްމަދު އާއި، އީމާން މުޙައްމަދު ބަންދުގައި ބެހެއްޓުމަށް އަމުރުކޮށް، ތަފާތު އެކިފަހަރު މަތިން މި 4 މީހުންގެ ބަންދުގެ މުއްދަތު މުރާޖަޢާ ކށޮ ފައިވެއެވެ.

2. ބުނެވިދިޔަ ތުހުމަތުގައި ދޢަ ވާ އުފުލިކްރިމިނަލް ކޯޓުގައި ހިނގަމުން ދިޔަ ޤަޟިއްޔާގައ ދަޢު ވ ލިބުނު ފަރާތެއް ކަމަށްވާ އަމްޖަދު ޢަބްދުއްސައްތާރު ދަޢުވާއަށް އިޢުތިރާފުވެ، ކ.މާލީ ފެނިފައިވާ އެންމެހައި މަސްތުވާތަކެއްޗަކީ އެފަރާތުގެ އެއްޗެހިކަމަށް ބުނެ ޝަރީޢަތުގެ މަޖިލީހުގައި އާއި ނަންބަރު:7B8/AM/(2021)/0145- ބަންދު މުރާޖަޢާކޮށް ނިންމގޮތި ކްރިމިނަލް ކޯޓުގެ ނަންބަރ 750/Cr-C/2020 ޤަޟިއްޔާ އިޢުތިރާފް ވެފައިވާތީ، އޭނާގެ ބައި އަވަސްނިޔާއިން ބަލައި، އޭނާ އުމުރަށް ޖަލަށްލުމާއެކު 100،000 )އެއްލައްކަ ރުފިޔާ( އިން ޖޫރިމަނާކުރުމަށް، ކްރިމިނަލް ކޯޓުގެ ނަންބަރ 750/Cr-C/2020 ޤަޟިއްޔާގައި ޙުކުމްކޮށްފައިވއެވެ.

3. އެއަށް ފަހު، 19 ސެޕްޓެމްބަރު 2021 ގައި އަޙްމަދު އަހުނަފް އަސްފާޤު އާއި އީމާން މުޙައްމަދު އާއި ވިޝާމް މުޙައްމަދު އާއި މުޙައްމަދު ތަޤިއްޔު ބަންދުން ދޫކޮށްލުމަށް އެކޯޓުން އަމުރުކޮށްފައިވެއެވެ.

4. މި 4 )ހަތަރު( މީހުން ބަންދުންދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ނިންމުމާއި ގުޅިގެން އެނިންމުންތައް އިސްތިއީނާފު ކުރުމުން، މި ޤަޟިއްޔާގައ ބަލާފައިވަނީ އެނިންމުންތަކެވެ.

އިސްތިއުނާފީ ނުކުތާއާއި ރައްދު

5. ކްރިމިނަލް ކޯޓުގެ ނަންބަރު B8/AM/(2021)/04145- އާއި ނަންބަރު B8/AM/(2021)/05145- އާއި ނަންބަރު B8/AM/(2021)/06145- އާއި ނަންބަރު B8/AM/(2021)/07145- ބަންދު މުރާޖަޢާކޮށް ނިންމގޮތާއެކޯޓުން ނިންމީ ފައިވަނީ ޝަރުޢީ އަދްޤާނޫންއުޞޫލުތަކާ ޚިލާފަށކަމަށެ ބުނެ، އްނިންމުނތައުއިސްތިއުނާފް ކރުމަށު ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ހުށަހަޅާފައިވަނީ އެންމެ ނުކުތާއެކެވެ. އެ ނުކުތާގައި ބަޔާންކޮށްފައިވަނީ ބުނެވިދިޔަ "ބަންދު މުރާޖަޢާކޮށް ނިންމަގޮތް" އެ ކ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ )ރ( ގައި "މަތީމަރުޙަލާގެ ކޯޓުތަކުން ނިންމާ ނިންމުންތަކަށް އެއަށްވުރެ ދަށު މަރުޙަލާގެ ކޯޓުތަކުން ތަބާވާންވާނެ" ކަމަށް ބަޔާންކޮށްފައިވ އުޞޫލާއި، ޤާނޫނު ނަންބަރު: 2016/12 )ޖިނާއީ އިޖުރާއަތުގެ ޤާނޫ ނ( ގ 60 ވަނަ މާއްދާގެ )ވ( އާއި ނަންބަރު:7B8/AM/(2021)/0145- ބަންދު މުރާޖަޢާކޮށް ނިންމެ ގޮތި ގ 8 ވަނަ ނުކުތާ ބުނެވިދިޔަ މަސްދަރު އާއި ނަންބަރު:7B8/AM/(2021)/0145- ބަންދު މުރާޖަޢާކޮށް ނިންމގޮތި އާއި، ޝަރީޢަތްކުރުމާ ބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 13 ވަނަ މާއްދާގެ )ނ( އާއި އެ ގަވާއިދުގެ 145 ވަނަ މާއްދާގެ )ރ( އާ ޚިލާފަށް ނިންމަވާފައިވާ ނިންމުމެއް ކަމަށެވެ.

5.1. މިނުކުތާގެ ތަފްސީލުގައި ދައުލަތުން މައިގަނޑުގޮތެއްގައި ފާހަގަކޮށްފައިވަނ، ސުޕްރީމް ކޯޓުގެ ޝަހީބް އިބްރާހިމް ވ ޕްރޮސިކިއުޓަރ ޖެނެރަލެ ޤަޟިއްޔާގެ ދަށުން ބަންދުގައި ބެހެއްޓުމުގައި ތުހުމަތުކުރެވޭ މިންވަރަށް ހެކިހުރުމުގެ އިތުރަށް ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބަޔާންކުރާ ސަބަބެއް އޮތްތޯ ބަލަންޖެހޭ ކަމަށާއް މިމައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތްތަކުގެ މައްޗަށް ތުހުމަތުކުރެވޭ މިންވަރަށް ހެކިހުރިކަމަށް ކްރިމިނަލް ކޯޓުގެ ނިންމުމުގައި ބަޔާންކޮށްފައިވާކަމަށާއި އެހެންނަމަވެސް ޤާނޫނުއަސާސީ 49 ވަނަ މާއްދާގައި ބަޔާންކުރާ ޙް ލަތަށާ ބަދަލު އައި ކަމަށް ކްރިމިނަލް ކ ޓުން ނިންމާފައިވާއިރު ބަދަލު އައި ގޮތެއް ސާފުނުވާކަމަށެވެ. ދަށު ކޯޓުގެ ނިންމުމުގައި މިމައްސަލައިގއަ ހިމެނޭ މަސްތުވާތަކެތީގެ ޒިންމި މާމައްސަލައިގައި ދަޢުވާ ލ ބުނު އެއް ފަރާތަކުން ނެގުމުން ޙްލަތ ބަދަލުވާކަމަށް ބަޔާންކޮށްފައިވީނަމަވެސް،އިސްތިއުނާފު ރައްދު ވާ ފަރާތްތައި ބަންދުގައި ބެހެއްޓުމަށް ނިންމާފައިވަނީ އެފަރާތްތަކުގެ މައްޗަށް ތުހުމަތުކުރެވޭ ކުށްކުރިކަމަށް ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުރުމާއެކު އެފަރާތެތައް ދޫކޮށްލައިފިނަމަ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް އޮތުމުގާ އިހްތިމާލު އޮތުމުންކަމަށާއި އެޙީލަތަށް ބަދަލު އައިސްފައިނުވާކަމަށެވެ. އެހެންކަމުން، އެފަރާތް ބަންދުގައި ބަހައްޓަން ޖެހޭ ކަމަށް ދެކޭއިރު، ދައުލަތުން އެދިފައިވަނެ،އިސްތިއުނާފު ރައްދުވާ ފަރާތްތައް ބަންދުން ދޫކުރުމަށް ނިންމި ނިންމުން ބާތިލްކޮށް އެފަރާތްތައް ބަންދުގައި ބެހެއްޓުމަށް ކުރިން ނރެވިފައިވާ އަމުރުތަކަށް ބަދަލުގެންނާނެ ތަނެއް ނެތް ކަމަށް ކަނޑައަޅައިދިނުމަށެވެ.

6. އިސްތިއުނާފުރައްދުވާ ފަރާތްތަކުގެ ތެރެއިން އ ޙްމަދު އަހުނަފ އަސްފާޤުގެ ފަރާތުން މައިގަނޑުގޮތެއްގައި ބުނެފައިވަނީ، އުޙް މަދު އަހނަފ އަސްފާޤުގެ މައްޗަށް ހުށަހެޅިފައިވާ ދަޢވާގައު އެފަރާތާއި ދެކޮޅަށް ހުށަހެޅިފައިވާ ހެކިތަކުގެ ތެރެއިން މ ސްތުވާ ތަކެއްޗާއި އެފަރާތާ ގުޅުވައިދޭ ހަމައެކަނި އަސާސަކީ 2020/SC-A/93 މަސްތުވާތަކެތި ފެނުނު ތަނުގައި އެފަރާތް ހުރުންކަމާއި އެހެންނަމަވެސް މަސްތުވާތަކެތި ފެނުނުތަނަކީ އެފަރާތުގެ ހިޔާޒަތު އެތަނުގެ މައްޗަށް އޮތް ތަނެއް ނޫން ކަމާއި އަދި ހިޔާޒަތު އޮތް ތަނަކުން ފެންނަ މަސްތުވާ ތަކެއްޗާ ގުޅިގެންވެސް ޖަވާބުދާރީވެ ޒިންމާ އުފުލަންޖެހެނީ އެތަކެއްޗަށް ޒިންމާ އުފުލާނެ އެހެނ ފަރާތެއް ނުދެއްކޭނަމަކަން ސުޕްރީމް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލް ވ އިބްރާހިމް ނާފިޒައަދި އބްދް ﷲ ރަޝީދު ވ ޕްރޮސިކިއުޓަރ ޖެނެރަލިޤަޟިއްޔާއިން އެނގޭކަމަށެވެ. އެހެންކަމުން، މަސްތުވާތަކެތި ފެނުނު ތަން ކުއްޔަށް ހިފައިގެން އެތަނުގައި ދިރިއުޅުނު ފަރާތުން ތަކެއްޗަށް ޒާންމާވުމުނި މުޅި މައްސަލައިގެ ވާޤިޢާތްއް އެމައްޗަށް ބިނާވެފައި އޮތް ޙާލަތު އެއްކޮށަބަދަލުވެފައިވާކަމަށެވެ. އަދި އުޙްމަދު އަހނަފި އަސްފާޤް ގ ފަރާތުން ދެކެނީ މިއައި ބަދަލުގެ ސަބަބުން ކުށުގެ ޢަމަލު ހިންގުމުގައި އޭނާގެ ބައިވެރިވުން އެއްވެސް މިންވަރަކަށް އޮތް ކަމާމެދު ސުވާލުއުފެދޭކަމަށެވެ. މީހެއްގެ މައްޗަށ ނުރައްކާތެރި ކުށެއްގެ ތުހުމަތުކުރވުމަކީ ހަމައެކަނި އެސަބަބަށްޓަކައި ތުހުމަތުކުރެވޭ ކުށުގެ ބާވަތަށް ބަލައި ބަންދުގައި ބަހައްޓަންޖެހޭ ސަބަބެއްކަމުގައި ނުދެކޭކަމަށެވެ.

7. އިސްތިއުނާފު ރައްދުވާ އީމާން މުޙައްމަދު ގެ ފަރާތުން ބުނެފައިވނީ،މިމައްސަލައިގައި ދަށުކޯޓުން ނިންމާފައިވާ ނިންމުމަކީ ރަގަޅު ނިންމުމެއް ކަމުގައި ކަނޑައަޅައި ދިނުމަށެވެ.

8. އިސްތިއުނާފު ރައްދުވާ ވިޝާމް މުޙައްމަދު ގެ ފަރާތުން ބުނެ ފައިވަނީ،މިމައްސަލައިގައި ބަންދުން ދޫކުރުމަށް ދަށު ކޯޓުން ނިންމި ނިންމުން ރަގަޅު ކަމަށް ކަނޑައަޅައި ދިނުމަށް އެދޭކަމަށާއި، އިތުރަށް ފާހަގަކުރާނެ ކަމެއް ނެތް ކަމަށެވެ.

9އިސްތިއުނާފު ރައްދުވާ މުޙައްމަދު ތަޤިއްޔު ގެ ފަރާތުން މައިގަނޑުގޮތެއްގައި ބުނެފައިވަނީ، މިމައްސަލައިގައި އޭނާ ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ފެނުނު […] ގެއިން ނޫން ކަމަށާއި، އެގޭގެ ބޭރުގައި މަގުމަތީގައި ހުރި ސައިކަލެއްގެމަތގައި ހުއްޓާ ކަމަށާއި،އޭނާއަކީ […] ގޭގައި އުޅޭ މީހެއް ނޫންކަމަށާއި، އެގެއިން ފެނުނުކަމަށް ބުނާ މަސްތުވާތަކެއްޗަކީ އެތަކެތި ފެނުނު ކޮޓަރި ހިފައިގެން 2012 /SC-A/ 23 2010/SC-A/ 07 ހުރި ފަރާތުގެ އެއްޗެހި ކަމަށް އެފަރާތުން ދަށުކޯޓެގެ ޝަރު ޢަތުގެ މަޖިލީހުގައި އިޢުތިރާފުވިއެތަކެއްޗާއި ޙަވާލުވެފައިވާކަމަށާއ، މުޙައްމަދު ތަޤިއްޔުއާ މިހާދިސާގައި […] ގެއިން ފެނުނު މަސްތުވާތަކެއްޗާ ގުޅުވާލެވޭން އެއްވެސް ހެއްކެއް މިހާތަނަށި ދައުލަތަށް ދެއްކިފައި ނެތް ކަމަށެވެ. އަދި މިމައްސަލައިގައި އޭނާ ލައިގެން ހުރި ޖީބުން ފެނުނު މަސްތުވާތަކެތީގައި ހުރި 0.0482 ގްރާމް ކަމަށާއި،އެއީ މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ކުށުގެ ދަޢުވާ އުފުލޭ ވަރަށްވުރެ ކުޑަ މިންވަރެއް ކަމުން، މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ކުށުގެ ދަޢުވާ އޭނާގެ މައްޗަށް ނުކުރެވޭނެ ކަމަށެވެ. އެހެންކަމުނ،އޭނާ އެދެނީ ދަށުކޯޓުން ނިންމފައިވީނިންމމަކު ޞައްޙަ ނިންމުމެއީކަމުގައވާތ، އެނިންމުމަށް ބަދަލު ގެންނަން ނުޖެހޭކަމަށް ކަނޑައަޅައި ދިނުމަށެވެ. ޝަރީޢަތަށް ފާހަގަކުރެވުނު ކަންކަން:

10މިމައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތްތައް، ބަންދުން ދޫކުރަން އަމުރުކޮށްފައިވަނީ އެފަރާތްތައް ޝަރީޢަތް ނިމެންދެން ބަންދުގައި ބަހައުޓަން އަމުރުކުރި އިރު އޮތް ޙެލަތު ބަދަލުވެފައިވުމންނވެ.ބަދަލުވި ޙެލަތުކަމަށް ކްރިމިނަލް ކޯޓުން ފާހަގަކޮށްފައިވަނީ، މިހާދިސާއާ ގުޅިގެން އުފުލުނު މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ދަޢުވާގައި، ދަޢުވާ ލިބުނު އެއްފަރާތްކަމުގައިވާ އަމްޖަދު ޢަބްދުއްސައްތާރު ދަޢުވާއަށް އިޢުތިރާފުވެ […] ގެއިން ފެނިފައިވާ މަސްތުވާތަކެއްޗަކީ އެފަރާތުގެ އެއްޗެހިކަމަށް ބުނެ ޝަރީޢަތުގެ މަޖިލްހުގައި އިޢުތިރާފވެފައިވުނ ކަމަށެވެ.

11ބަންދާމެދު ގޮތެއް ނިންމުމުގައި ދެކަމަކަށް ރިޢް ޔަތްކުރަންޖެހޭކަމަށާ ސުޕްރީމް ކޯޓުގެ ޝަހީބް އިބްރާހިމް ވ ޕްރޮސިކިއުޓަރ ޖެނެރަލުޤަޟިއްޔާގައި ކަނޑައަޅާފައިވާ އިރު އޭގެ ތެރެއިން ފުރަތަމަ ސުވާލު ކްރިމިނަލް ކޯޓުގެ ނަންބަރު:4B8/AM/(2021)/0-145 އާއި ނަންބަރު:B8/AM/(2021)/05-145 އާއި ނަންބަރު:6B8/AM/(2021)/0-145 އާއި ނަންބަރު:7B8/AM/(2021)/0145- ބަންދު މުރާޖަޢާކޮށް ނިންމެ ގޮތި ގ 9 ވަނަ ނުކުތާ އިސްވެބުނެވުނު މަސްދަރު 2020/SC-A/93 ކަމުގައިވާ ބަންދުގައި ބެހެއްޓުމުގައި ތުހުމަތުކުރެވޭ މިންވަރަށް ހެކިހުރުމާމެދުކްރިމިނަލް ކޯޓުނ ނިންމާފައިވަނީ މައްސަލައަ ގުޅިގެން ހެކިބަސްނެގުމުގެ މަރުޙެ ލާ ފެށިފައިނުވާއިރު ބަންދު މުރާޖަޢާކުރުމުގ މަރުޙލާގެ ތެރެއިން ހެއްކާމެދު ގޮތެއް ނިންމިދާނެކަމަށް ނުދެކޭކަމަށެވެ.

12HN1HN2ޖިނާއީއިޖުރާއތުގަ ޤާނޫނުގެ 60 ވަނަ މާއްދާގެ )ށ( ނުވަތަ )ކ( ގެ ދަށުން ޝަރީޢަތް ނިމެންދެން މީހަކު ބަންދުގައި ބަހައްޓަން ފަނޑިޔާރު ނިންމައިފިނަމަ، އެ ނިންމުން، ކޮންމެ 30 )ތިރީސް( ދުވަހަކުން މުރާޖަޢާ ކުރަން ވާނެ ކަމަށް އެ މާއްދާގެ )ވ(ގައި ކަނޑައަޅައި ތަޢާރަފުކުރިއިޖުރާއަ ތުގ މަޤްޞަދަކީ ބަންދުގައި ބެހެއްޓި ސަބަބު ވުޖޫދުގައި އޮތްތޯ ކޮންމެ 30 )ތިރީސް( ދުވަހަކުން ބަލައި އެ ސަބަބު ފިލައި ގޮސްފައިވާނަމަ ބަންދުން ދޫކޮށްލންކަމާއި، އެ ސަބަބުތައް ވުޖޫދުގައި އޮތްނަމަ އެ މީހަކު ބަންދުގައި ބެހެއްޓުން ކަމަށް ސުޕްރީމް ކޯޓުގެ ޢަލ ޒުބައިރު )އަދި އެހެނިހެން( ވ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ޤަޟިއްޔާގައި ފާހަގަކުރެވިފައިވެއެވެ. މިގޮތުން ބަންދު މުރާޖަޢާކުރުމުގައި ވެސް ފަނޑިޔާރު ބަލަންވާނޯތހުމަތުކުރެވޭ މިންވަރަށް ހެކިހުރިތ އާއި ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި ޖިނާއީ އިޖުރާއަތު ޤާނޫނުގެ 59 ވަނަ މާއްދާއާއި އަދ 60 ވަނަ މާއްދާގައިވާ ޙާލަތްތަކުގެ ތެރެއިން ޙާލަތެއު ވުޖޫދުގައި ވޭތޯ އެވެ. މިގޮތުން ބަންދުގައި ބެހެއްޓި ސަބަބު ވުޖޫދުގައިވޭތޯ ބެލުމުގައި ފަނޑިޔާރުގެ ނިންމުން ބިނާކުރި ނ އެހނދަށ ހާމަކުރެވިފައި ނުވަތަ ހުށަހެޅިފައިވާ ހެކި ޤަރީނާގެ މައްޗަށެވެ. އަދި މިގޮތަށް ހުށަހެޅޭ ކަންތައްތަކަށް ބަލާއިރް މުއްތަހަމާއި ކުށާއި ސީދާ ގުޅުވައިދޭ ހެކިންގެ ހެކި ބަސް ޝަރީޢަތަށް ލިބިފައިނުވާކަން ފާޅުކަންބޮޑުގޮތެއްގައި އެނގޭ ޙާލަތުގައި އެކަމަށް ރިޢާޔަތްކޮށް ބަންދަށް ލުއެއް ދިނުމުގެ ކްރިމިނަލް ކޯޓުގެ ނަންބަރު:4B8/AM/(2021)/0-145 އާއި ނަންބަރު:B8/AM/(2021)/05-145 އާއި ނަންބަރު:6B8/AM/(2021)/0-145 އާއި ނަންބަރު:7B8/AM/(2021)/0145- ބަންދު މުރާޖަޢާކޮށް ނިންމެ ގޮތް ގ 2 ވަނަ ނަންބަރުގައި ޢަލީ ޒުބައިރު، […]، ގދ. ހޯނޑެއްދޫ ޙުސައިން ޒަހީން، […]، ލ. ކަލައިދޫ އަރުޝަދު ޚާލިދު، އަލޯރާ، ގދ. ހޯނޑެއްދޫ ވ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް A/110-A/109, 2020/SC-A/108, 2020/SC-2020/SC އިޚްތިޔާރު ފަނޑިޔާރަށް ލިބިގެންވާކަން މިކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލް ވ އަރުޝަދު ޚާލިދު ޤަޟިއްޔާގައި ކަނޑައެޅިފައިވެއެވެ.

13HN3ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 59 ވަނަ މާއްދާއާއި، އެޤާނޫނުގެ 60 ވަނަ މާއްދާއާއި ޝަރީޢަތްކުރުމާބެހަ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 13 ވަނަ މާއްދާގައި ބަންދާމެދު ގޮތެއް ނިންމާއިރު ފަނޑިޔާރު ރިޢާޔަތްކުރަންޖެހޭ ކަންތައްތައް ބަޔާންކޮށްފައިވެއެވެ. މިމައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތްތައް ބަންދުގައި ބެހެއްޓިފައިވަނިމަސްތުވާ ތަކެތި ޓްރެފިކްކުރުމުގެ ތުހުމަތުގައެ މުޖުތަމަޢުގެ ސަލާމަތަށްޓަކައެވެ. މިކޯޓުގ ޕްރޮސިކިއުޓަރ ޖެނެރަލް ވ އަރުޝަދު ޚާލިދުޤަޟިއްޔާގައިވެސް ފާހަގަކޮށްފައިވާނެ ފަދައިން މުޖްތަމަޢުގެ ސަލާމަތަށް ނުރައްކަލެއެއޮތްތޯ ބެލުމުގައި ބެލެވޭ ނީކަންތައްތަކުގެ ގޮތުގައި ޝަރާ ޢަތްކަރުމ ބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 13 ވަނަ މާއްދާގެ )ނ( ގައި ބަޔާންކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި ހިމެނޭ ތުހުމަތުކުރެވޭ ފަރާތުގެ ރެކޯޑު، ތުހުމަތުކުރެވޭ މީހާ މުޖުތަމަޢުގައި އަދާކުރާ ދައުރާއި ވަޒިފާއާއި ދިރިއުޅުމުގެ ވައްޓަފާޅި ހުރި ނެތް ގޮތް، ކުށުގެ ކުޑަ ބޮޑުމިނާއި ކުށުގެ ބާވަތް ފަދަ ކަންތައްތަކަކީ މައްސަލަ ހިނގަމުންދާ މިންވަރަކުން ބަދަލުވުން ގާތް ޙާލަތްތަކެއް ނޫނެވެ. އެހެންނަމަވެސް، ކުށްކޮށްފައިވާ ޙާލަތާއި ކުށްކުރުމުގައި އަނިޔާވެރިކަން ހިމެނޭތޯއާއި އަދި ކުށުގެ ޢަމަލު ހިންގުމުގައި ތުހުމަތުކުރެވެ ފަރާތް ބައިވެރިވެފައިވާ ގޮތް މިއީ މައްސަލައާ ގުޅިގެން ހުށަހެޅޭ ހެކި ޤަރީނާގެ މައްޗަށް ބިނާކޮށް ބަދަލުވުމުގެ ފުރުސަތު އޮންނާނެ ކަންތައްތަކެވެ.

14HN4މިމައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތްތައް ބަންދުން ދޫކުރުމުގައި ކްރިމިނަލް ކޯޓުގެ ނިންމުން ބިނާވެފައިވަނީ މިހާދިސާއާ ގުޅިގެން ދަޢުވާ ލިބޭ އެއް ފަރާތާކުން މައްސަލައިގައި ހިމެނޭކަމަށް ބެލެވޭ މަސްތުވާތަކެތީގެ ޒިންމާ ނަގާފައިވުމުގެ މައްޗަށެވެ. ސުވާލަކީ، އެކަކަށް ވުރެ ގިނަ ފަރާތްތަކަށް ބަންދާއި، ހައްޔަރު އަދި ކުށުގެ ރެކޯޑް މަސްތުވާތަކެތި ޓްރެފޭ ކްކުރުމުގި ދަޢުވާ އުފުލޭ ޙާލަތްތަކުގައި އޭގެތެރެއިން އެކަކު ތުހުމަތުކުރެވޭ މަސްތުވާތަކެއްޗަށް ޒިންމާ ނެގުމުން ބާކީތިބި ފަރާތްތައް ޒިންމާއިން ބަރީޢަވީތޯއެވެ. ތުހުމަތުކުރެވޭ ކުށުގެ ޢަމަލު ހިންގުމުގައެ އެފަރާތްތަކުން ބައިވެރިވިގޮތް ލުއިވެ އެފަދަ ފަރާތެއްގެ ސަބަބުން މުޖުތަމަޢުގެ ސަލާމަތަށް އޮތް ނުރައްކާ ކުޑަ ވެގެންދޭތޯއެވެ؟

15މަސްތުވާތަކެއްޗާބެހޭ ޤާނޫނު ގެ 146 ވަނަ މާއްދާގައި ބަޔާންކުރަނީ"އެކަކަށްވުރެ ގިނަ މީހުންނަށް އެނގިގެން، އެމީހުންގެ ރުހުމާއެކު، އޭގެތެރެއިން ވަކި މީހެއްގެ އަތުގައި މަސްތުވާތަކެތަހުރެއްޖެނަމަ، އެއިން ކޮންމެ މީހެއްގެ އަތުގައިވެސް ވަކިވަކިން މަސްތުވާތަކެތި އެޢަދަދަށް ހުރީ ކަމުގައި ބެލެވޭނީ"ކަމަށެވެ. އެހެންކަމުން، މިއި ގިނަ ބަޔަކު ބައިވެރިވެގެން މަސްތުވާތަކެތި ގެންގުޅެ، އެތް ކެތަވިޔަފާރިކޮށ ޓްރެފިކްކުރުމުގެ ކުށުގެ މައްސަލައެއް ކަމުގައިވާ އިރު، ބުނެވިދިޔަ މާއްދާގެ އަލީގައި، މައްސަލައިގައި ހިމެނޭ މަސްތުވާ ތަކެއްޗަށި އިމައްސަލައިގައި ހިމެނޭ އެއް ފަރާތަކުން ޒިންމާ ނެގުމަކީ ބާކީ ތިބި މުއްތަހަމުން ކުށުގައި ބައިވެރު ވ ގޮތާއި މެދު އ ފެދު ނ އިހްތިމާލް ނުވަތަ މ ފަރާތްތަކުގެ ސަބަބުން މުޖުތަމަޢު ގ ސަލާމަތަށް އޮތް ނުރައްކާ ނެތިދާނެކަން ފާޅުކަން ބޮޑު ގޮތެއްގައި ހާމަކުރުވަނިވި ކަމެއް ނޫނެވެ.

16HN5މިމައްސަލައިގައި ބަންދު މުރާޖަޢާ ކޮށް ނިންމި ގޮތުގައި ދަޢު ވާ ލިބޭ އެއް ފަރާތެއް މަސްތުވާތަކެއްޗަށު ޒިންމާ ނެގުމުން ދެން ތިބި ފަރާތްތަކުން ކުށުގައްބައިވެރިވުމަށް އަސރުކުރަނީ ކިހިނެތްކަނަ ދަށުކޯޓުގެ ނިންމުމުން އެނގެން ނެތެވެ. މިމައްސަލައިގައިދައުލަތުން ހުށަހެޅި ހެކީގެ މިންވަރާއި، ބާވަތާއި ހެކި ހުށަހަޅާފައިވަނީ ކޮން ކަމެއް ސާބިތުކުރުމަށތޯ ބަލައި މިއައު ބަދަލުގެ ސަބަބުން އިސްތިއުނާފު ރައްދުވާ ފަރާތްތަކުގެ މައްޗަށް ކުރެވޭ ތުހުމަތަށް ނުވަތަ އެފަރާތްތަކުން ކުށުގައި ބައިވެރިވިކަމާމެދު ފާޅުކަން ބޮޑު ބަދަލެއް އަންނަކަން ބެލިފައިވާކަން އެނގެން ނެތެވެ.

ޤާނޫނު ނަންބަރ 2011/17

17އެހެންކަމުން، މައްސަލައިގައި ހިމެނޭ އެކަކު މަސްތުވާތަކެއްޗށަ ޒިންމާ ނެގުމާ، ހަމައެކަނި އެސަބަބަށްޓަކައި، ދެން ތިބި މީހުން ބަންދުގައި ބަހު އްޓަންޖެހޭކަމަށް ބެލެވިފައިވާ ޙަ ލަތަށް ފާޅުކަންބޮޑު ބަދަލެއ އަންނާކަމެއް ކަމުގައިނުވާތީ ޙްލަތު ބަދަލުވެފައިވާކަމަށް ބުނުން ފިޔަވައި އިތުރު ތަފްސީލެއް ބަޔާންކުރުމެއނެތ އިސްތިއުނާފު ރައްދުވާ ފަރާތްތައް ބަންދުން ދޫކުރުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުމަށް ބަދަލުގެންނަންޖެހޭ ކަމުގައި ދެކެމެވެ.

ޙުކުމް

ދެންފަހެ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ކަންކަން އެގޮތުގެ މަތީން ހުރުމުން، ކްރިމިނަލް ކޯޓުން ނެރެފައިވާ އެ ކޯޓުގެ ނަންބަރު B8/AM/(2021)/04145- އާއި ނަންބަރު B8/AM/(2021)/05145- އާއި ނަންބަރު B8/AM/(2021)/06145- އާއި ނަންބަރު B8/AM/(2021)/07145- )"ބަންދު މުރާޖަޢާކޮށް ނިންމިގޮތް"( އިން ކ.މާފުށި / ވާރޭވިލާ، އަޙްމަދު އަހުނަފް އަސްފާޤު އާއި ގއ.ވިލިނގިލި / ނައިންފުލާވާރ، އީމާން މުޙައްމަދު އާއި ގދ.ވާދޫ / ޗިޗަންޑާގެ، ވިޝާމް މުޙައްމަދު އާއި ގއ.ވިލިނގިލި / ޒޫމް، މުޙައްމަދު ތަޤިއްޔަބަންދުން ދޫކޮށްލުމަށް ނިންމާފައިވާ ނިންމުން ތެއ ބާޠިލްކޮށް، ކ.މާފުށި / ވާރޭވިލާ، އަޙްމަދު އަހުނަފް އަސްފާޤު އާއި ގއ.ވިލިނގިލި / ނައިންފުލާވާރ، އީމާން މުޙައްމަދު އާއި ގދ.ވާދޫ / ޗިޗަންޑާގެ، ވިޝާމް މުޙައްމަދު އާއި ގއ.ވިލިނގިލި / ޒޫމް، މުޙައްމަދު ތަޤިއްޔު ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކްރިމނަލި ކޯޓުގެ ނަންބަރ 2020)/SHB/2020/85145-B8(750- )24 ޑިސެމްބަރު 2020( އާއި ނަންބަރު 2020)/SHB/2021/09145-B8(750- )10 ފެބުރުއަރީ 2021( އާއި ނަންބަރު 2020)/SHB/2020/86145-B8(750- )24 ޑިސެމްބަރު 2020( އާއި ނަންބަރު

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

ޝަރީޢަތުގެ ވީޑިއޯ

މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.

ޝެއަރ ކުރައްވާ