ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތައް

Maldives Legal Precedents

Saeed Lex
2015/HC-A/244ހައިކޯޓު · 16 ނޮވެމްބަރު 2017 · މަސްތުވާތަކެއްޗާބެހޭ މައްސަލަ

—

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި
ސުޕްރީމް ކޯޓަށް އިސްތިއުނާފުކޮށްފައި ނުވޭ · ރަޖިސްޓްރީ ބެލީ 15 އޮކްޓޫބަރު 2026ޙުކުމުގެ ހާލަތު
ހައިކޯޓު · 16 ނޮވެމްބަރު 2017ބާވަތް: ޖިނާއީ

ޚުލާޞާ

ކޯޓަށް އައި ގޮތް
ކްރިމިނަލް ކޯޓުން، ކޮޓަރިން ފެނުނު މަސްތުވާތަކެތި އެ ތިން މީހުންގެ ތަކެތިކަން ސާބިތުވާކަމަށް ބަލައި، ތިން މީހުން ވިޔަފާރިކުރުމަށްޓަކައި އަތުގައި ބެހެއްޓުމުގެ ކުށުގައި އުމުރަށް ޖަލަށްލުމަށް ޙުކުމްކުރިއެވެ.
ވާޤިޢާ
ކޯޓު އަމުރެއްގެ ދަށުން ފުލުހުން އެޕާޓްމަންޓެއް ބަލާފާސްކުރިއިރު، ތިން މީހުން ނިދާފައި ތިބި ކޮޓަރީގެ ޑްރެސިންގ ޓޭބަލް މަތިންނާއި ވަތްގަނޑުގެ ތެރެއިން ކެނަބިސް ފެނުނެވެ. ވަތްގަނޑުގައި އޮތް ރަބަރު ޕެކެޓެއްގެ ބޭރުން ނެގުނު ފިންގަރޕްރިންޓް އިސްތިއުނާފުކުރި ފަރާތުގެ ފިންގަރޕްރިންޓާ ދިމާވިއެވެ.
ކޯޓުން ނިންމަން ޖެހުނު ސުވާލު
ގިނަ ބަޔަކު ދިރިއުޅޭ އެޕާޓްމަންޓެއްގެ ކޮޓަރިއެއްގައި ނިދާފައި ތިބި މީހުންގެ ތެރެއިން، މަސްތުވާތަކެތި ހުރި ރަބަރު ޕެކެޓަކުން ފިންގަރޕްރިންޓް ފެނުނު މީހެއްގެ މައްޗަށް، މަސްތުވާތަކެތި ވިޔަފާރިކުރުމަށްޓަކައި އަތުގައި ބެހެއްޓުމުގެ ކުށް ސާބިތުވާކަމަށް ކަނޑައެޅުނީ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގެ މިންގަނޑާ އެއްގޮތަށްތޯ؛ އަދި ގޭގެ ވެރިފަރާތުގެ ޙާޟިރުގައި ނޫނީ ކުރެވުނު ބަލާފާސްކުރުމުން ލިބުނު ހެކި ޤާނޫނާ ޚިލާފަށް ހޯދާފައިވާ ހެކި ކަމުގައި ވޭތޯ.
ޚަޞްމުންގެ ހުށަހެޅުންތައް
އިސްތިއުނާފުކުރި ފަރާތުން ބުނީ ބަލާފާސްކުރުން ކޯޓު އަމުރުގެ ޝަރުޠާ ޚިލާފު ކަމަށާއި، ތަކެތި ހުރީ އޭނާގެ ހިޔާޒަތުގައި ނޫން ކަމަށާއި، ހާމަކޮށް ހުރި އުރައެއްގައި ފިންގަރޕްރިންޓް ހުރުން އެކަނި ކުށް ސާބިތުވުމަށް ނުފުދޭ ކަމަށް (2013/HC-A/301)، އެހެން މީހަކު ޒިންމާ ނަގާފައިވާ ކަމަށާއި، 51(އ) ގެ މިންވަރަށް ސާބިތުނުވާ ކަމަށެވެ.
ކޯޓުގެ ސަބަބުތައް
ކުއްޔަށް ހިފައިގެން އުޅޭ ފަރާތްތަކުގެ ޙާޟިރުގައި ބަލާފާސްކުރުން ޤާނޫނީ ކަމަށާއި، މަސްތުވާތަކެތި ހުރި ޕެކެޓުން ފެނުނީ އިސްތިއުނާފުކުރި ފަރާތުގެ ފިންގަރޕްރިންޓް އެކަނި ކަމަށާއި، އެކަމަށް އެކަށީގެންވާ ސަބަބެއް ބުނެދެވިފައިނުވާތީ އެއީ ގުޅުވާލުމަށް ފުދޭ ހަރުދަނާ ޤަރީނާއެއް ކަމަށާއި، އެހެން ތުހުމަތުކުރެވޭ މީހަކު ޒިންމާ ނަގާފައިވާކަން ލިޔެކިޔުންތަކުން ނުފެންނަ ކަމަށް ކޯޓުން ކަނޑައަޅައި ޙުކުމް ޤާއިމުކުރިއެވެ.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
—
ފަހުގެ ތާރީޚު
ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް

ނިންމުން

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި

އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

ކޯޓުއަމުރެއްގެ ދަށުން ބަލާފާސްކުރުމާ ގުޅޭގޮތުން ފުލުހުން ޢަމަލުކުރަންޖެހޭ އިޖުރާއާތު ބަޔާންކޮށްފައިވާ، ފުލުހުންނަށް ލިބިދީފައިވާ އެންމެހާ ޤާނޫނީ ބާރުތަކާއި އިޚްތިޔާރުގެ ބޭނުންހިފުމާބެހޭ ޤަވާޢިދަށް ބަލާއިރު، ތަނެއް ބަލާފާސްކުރުމަށް ފުލުހަކު ދާއިރު ތަނުގެ ވެރިފަރާތް އެތަނުގައި ޙާޟިރުވެ ނެތްނަމަވެސް، އެތަނުގެ ވެރިފަރާތުން އުފުލަންޖެހޭ ޒިންމާތަކާއި ޙަވާލުވެވިދާނޭ މީހެއް ކަމަށް ފެންނަ މީހަކު އެވަގުތު އެތަނުގައި ޙާޟިރުވެ ހުރިނަމަ އެތަނެއް ބަލާފާސްކުރެވިދާނެއެވެ. (ޕެރ. 5 (ށ))

ތަނެއް ކުއްޔަށް ނަގައިގެން އުޅޭ ބަޔަކީ އެވަގުތަކު އެތަނެއްގެ ވެރިފަރާތް ކަމުގައި ބެލެވޭނެއެވެ. އެހެނީ ކުލީގެ މުއްދަތުގައި އެތަނަށް ލިބޭ ގެއްލުމުގެ ޒިންމާ ނަގަންޖެހޭ ފަރާތަކީވެސް އެތަނެއް ކުއްޔަށް ހިފައިގެން އުޅޭ ފަރާތެވެ. ކުއްޔަށް ހިފައިގެން އުޅޭ މުއްދަތުގައި އެފަރާތްތަކުގެ ޢަމަލުތައް ހުރި ގޮތަކުން ފުލުހުން އެތަނަކަށް ވަދެ ބަލާފާސްކުރަން ޖެހޭ ޙާލަތްތަކުގައި ތަނުގެ އަޞްލު ވެރިފަރާތް ޙާޟިރުކޮށް ނުވަތަ އެފަރާތް އެކަމުގައި ޒިންމާކުރުވުމަކީ ހަމަޖެހޭ ގޮތަކަށް ނުވާނެއެވެ. އެހެންކަމުން، އެ ޙާލަތުގައި އެފަރާތްތަކުގެ ޙާޟިރުގައި ކޯޓުއަމުރެއްގެ ދަށުން އެތަނެއް ބަލާފާސްކުރެވިދާނެއެވެ. (ޕެރ. 5 (ށ))

އެމީހެއްގެ ހިޔާޒަތުގެ ދަށުގައި ހުންނަ މަސްތުވާތަކެތީގެ ޒިންމާ އެމީހަކު އުފުލަންޖެހޭނެއެވެ. ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތީން އެފަދަ މަސްތުވާތަކެތީގެ ޒިންމާ އުފުލަންޖެހޭ ފަރާތެއް ނުދެއްކޭނަމަ އެތަކެއްޗާމެދު ޖަވާބުދާރީވެ، އެތަކެތީގެ ޒިންމާ އުފުލަންޖެހޭނީ އެތަކެތި އެމީހެއްގެ ހިޔާޒަތުގެ ދަށުން ފެނުނު މީހެކެވެ. (ޕެރ. 5 (ނ))

މަސްތުވާތަކެތީގެ ތަޙުލީލު ރިޕޯޓަކުން އެތަކެއްޗަކީ މަސްތުވާތަކެތިކަން އެނގެންއޮތުމަކީ ހަމައެކަނި އެރިޕޯޓުގެ މައްޗަށް ބަލައި އެތަކެއްޗަކީ ވަކި މީހެއްގެ އަތުން ނުވަތަ ވަކި މީހަކު އެކަނި ބޭނުންކުރާ ތަނަކުން ނުވަތަ އެއްޗަކުން ފެނިފައިވާ ތަކެތިކަން ސާބިތުވާކަމަށް ބެލެވޭނެ ލިޔުމެއް ނޫނެވެ. އެތަކެއްޗަކީ ތުހުމަތުކުރެވޭ ފަރާތުގެ އަތުން ފެނުނު ތަކެތިކަން ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންކުރާ އުޞޫލުގެ މަތިން ސާބިތުކުރުމަށްޓަކައި އެތަކެއްޗާއި ތުހުމަތުކުރެވޭ ފަރާތާ ހުރި ގުޅުމަކީ ކޮބައިކަން ބުނެދެވެން ޖެހޭނެއެވެ. (ޕެރ. 5 (ނ))

މަސްތުވާތަކެތީގެ ވިޔަފާރި ކުރުމަށްޓަކައި އަތުގައި ބެހެއްޓިކަމަށް ބެލެވޭ މިންވަރަށް މަސްތުވާތަކެތި ގެންގުޅުމުގެ ކުށުގެ މައްސަލަތަކަކީ އެކުށުގެ އަދަބަށް ބަލާއިރު ޖިނާއީ ކުށްކުށަށް ދެވޭ އަދަބުތަކުގެ ތެރެއިން އެންމެ ހަރުކަށި އެއް އަދަބެވެ. އެހެންކަމުން އެފަދަ ޙައްސާސްކަން ބޮޑު މައްސަލަތަކުގައި އިހުމާލުވުން ދުރުކުރުވުމުގެ ގޮތުން، ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-A/01 ޤަޟިއްޔާގައިވާ އުޞޫލު ތަޠްބީޤުކުރާނަމަ، މުއްތަހަމާއި ކުށާ ގުޅުވައިދޭ އިތުރު ހަރުދަނާ ދަލީލު ހުރެގެން މެނުވީ މުއްތަހަމުގެ މައްޗަށް ކުށް ސާބިތުވާކަމަށް ޔަޤީނާ ގާތްކުރާ މިންވަރަށް އިޤްތިނާޢު ނުވެވޭނެއެވެ. އަދި އެފަދައިން ލިބިފައިވާ ދަލީލުތަކަކީ ހެކިންގެ ހެކިބަހަށް އިތުރަށް ބުރަދަންދޭ ދަލީލުތަކަކަށް ވާންޖެހޭނެއެވެ. (ޕެރ. 5 (ނ))

ތުހުމަތުކުރެވޭ ފަރާތް ނިދާފައި އޮތް ކޮޓަރިން ފެނުނު މަސްތުވާތަކެތި ހުރި ރަބަރު ޕެކެޓަކުން އޭނާގެ ފިންގަރޕްރިންޓް ފިޔަވައި އިތުރު ފަރާތެއްގެ ފިންގަރޕްރިންޓް ފެނިފައިނުވާއިރު، އަދި އެއިން އޭނާގެ ފިންގަރޕްރިންޓް ފެންނަންޖެހުނު ސަބަބެއް އެކަށީގެންވާ ހަމައަކުން އޭނާއަށް ބުނެދެވިފައިނުވާއިރު، އެ ފިންގަރޕްރިންޓް ފެނިފައިވުމަކީ އޭނާއާ އެމަސްތުވާތަކެއްޗާ ގުޅުވާލުމަށް ފުދޭނެ ހަރުދަނާ ޤަރީނާއެކެވެ. (ޕެރ. 5 (ނ))

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

  • ޤާނޫނު ނަންބަރު 17/77 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 2 ވަނަ މާއްދާގެ (ހ) އަދި (ރ)
  • ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ)
  • ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 52 ވަނަ މާއްދާ
  • ފުލުހުންނަށް ލިބިދީފައިވާ އެންމެހާ ޤާނޫނީ ބާރުތަކާއި އިޚްތިޔާރުގެ ބޭނުންހިފުމާބެހޭ ޤަވާޢިދު
  • ސުޕްރީމް ކޯޓުގެ ނަންބަރު 2010/SC-A/07
  • ސުޕްރީމް ކޯޓުގެ ނަންބަރު 2010/SC-A/24
  • ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-A/01
  • ހައިކޯޓުގެ ނަންބަރު 2009/HC-A/212
  • ހައިކޯޓުގެ ނަންބަރު 2015/HC-A/10
  • ހައިކޯޓުގެ ނަންބަރު 2013/HC-A/301

ފަނޑިޔާރުން

ބެންޗު
ފަނޑިޔާރު ޢަބްދުﷲ ޙަމީދު، އިސްފަނޑިޔާރު ޢަބްދުﷲ ދީދީ (ރިޔާސަތު)، ފަނޑިޔާރު ޢަލީ ސަމީރު
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

1ކްރިމިނަލް ކޯޓުގެ ނަންބަރު 201/Cr-C/2014 ޤަޟިއްޔާ ނިމިފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް ނޫންކަމަށްބުނެ، އެޤަޟިއްޔާ އިސްތިއުނާފުކޮށްދިނުމަށް އެދި،ސ.ހިތަދޫ ސަލްޓަންވިލ ޢަލީ މުޝައްފަޢް ގްފަރާތުނ ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވެއެވެ.

2ކްރިމިނަލް ކޯޓުގެ ނަންބަރު 201/Cr-C/2014 ޤަޟިއްޔގާ ޝަރީޢަތުނިމުނުގޮތުގެ ރިޕޯޓަށް ބެލިއިރި އެޤަޟިއްޔާގައި ހުށަހެޅިފައިވާ މައްސަލައަކީ،ޏ.ފުވައްމުލައް އަޒާރާ އަޙްމަދު ފިރާޙް ޢަލީ އާއި ސ.މަރަދޫ ސަލްޓަންވިލާ މުޙައްމަދު ރިމާޙުއާއި ސ.މަރަދޫ ސަލްޓަންވިލާ ޢަލީ މުޝައްފަޢ 19 އޮކްޓޯބަރ 2011 ދުވަހު 06:29 އެހައިކަންހާއިރު، […] 05 )ފަހެއް( ވަނަ ފަންގިފިލާ ހުންނަ އެޕާރޓްމަންޓުގެ ތެރޭގައި ބަޔަކު މަސްތުވާތަކެތި ބޭނުންކޮށް އެތަކެތި ގެންގުޅޭކަމުގެ މައުލޫމާތު ފުލުހުންގެ އިންޓެލިޖެންސްއަށް ލިބުމާ ގުޅިގެން، ކްރިމިނަލް ކޯޓުގެ ކޯޓު އަމުރެއްގެ ދަށުން، […] 05 )ފަހެއް( ވަނަ ފަންގިފިލާ ހުންނަ އެޕާރޓްމަންޓަށް ފުލުހުން ދިޔައިރު، އަޙްމަދު ފިރާޙް ޢަލީއާއި މުޙައްމަދު ރިމާޙްއާއ ޢަލީ މުޝައްފަޢު އެ އެޕާޓުމަންޓުގައި ހުރި ކޮޓަރިއެއްގައި ނިދާފައި ތިއްބާ ފެނިގެން، މިމީހުންނަށް ގ ވ މިމީހުންގެ ހާޒިރުގައި އެކޮޓަރި ފުލުހުން ބަލައި ފާސްކުރިއިރު، އެކޮޓަރި ތެރޭގައި ހުރި ޑްރެސިން ޓޭބަލްގެ މަތީ ޝެލްފްމަތިން ފެނުނު 05 )ފަހެއް( ސެލޯފިންކޮޅުގައި 0.1925 ގުރާމު ޓެޓްރާހައިޑްރޯކެނަބިނޯލްއާއި،

0.3787 ގްރާމު ކެނަބިނޯލް ހުރިކަމަށާއި، ހަމަ އެޑްރެސިން ޓޭބަލްގެ ވަތްގަނޑުގެ ތެރޭގައި އޮތް ނޫކުލައިގެ ރަބަރު ކޮތަޅެއްގެ ތެރޭގައި އޮތ 18 )އަށާރަ( ރަބަރު ޕެކެޓު ތެރެއިން ފެނުނު 126 )ސަތޭކަ ސައްބީސް( ސެލޯފިން ކޮޅުގައި 4.7485 ގުރާމު ޓެޓްރާހައިޑްރޯކެނަބިނޯލްއާއި، 9.9372 ގުރާމް ކެނަބިނޯލް ހުރިކަމަށް އެތަކެތީގެ ތަޙުލީލު ރިޕޯޓުން ދައްކާތީއާއި، ޑްރެސިންގ ޓޭބަލްގެ ވަތްގަނޑުގެ ތެރޭގައި އޮތ 18 )އަށާރަ( ރަބަރު ޕެކެޓު ތެރެއިން ރަބަރު ޕެކެޓެއްގެ ބޭރުން ނެގުނު ފިންގަރޕްރިންޓް ޢަލީ މުޝައްފަޢުގ ފިންގަރޕްރިންޓައި ދިމާވާތީ، ޤާނޫނު ނަންބަރ 17/77 )މަސްތުވާތަކެއްޗާބެހޭ ޤާނޫނު(ގެ 2 ވަނަ މާއްދާގެ )ހ( އާ ޙަވާލާދީ، އެމާއްދާގެ )ރ( ގެ ދަށުން، އަޙްމަދު ފިރާޙު ޢަލީއާއި މުޙައްމަދު ރިމާޙުއާއި ޢަލ މުޝައްފަޢުގެ މައްޗަށް މަނާކުރެވިފައިވާ މަސްތުވާއެއްޗެއް ވިޔަފާރިކުރުމަށްޓަކައި އަތުގައި ބެހެއްޓުމުގެ ކުށުގެ ދަޢުވާ ދައުލަތުން ކުރުމުން ބައްލަވައި ނިންމަވާފައިވާ މައްސަލައެއްކަން އެނގެންއޮވެއެވެ.

3މިޤަޟިއްޔާއާ ގުޅިގެން ކްރިމިނަލް ކޯޓުގެ ނަންބަރު 201/Cr-C/2014 ޤަޟިއްޔާގައ ކުރައްވާފައިވާ ޙުކުމަށް ބެލިއިރު އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނ، " ދެންފަހެ، ދައުލަތުން ޏ.ފުވައްމުލައް/ އަޒާރާ އަޙްމަދު ފިރާޙް ޢަލީއާއި، ސ.މަރަދޫ/ ސަލްޓަންވިލާ މުޙައްމަދު ރިމާޙްއާއި، ސ.މަރަދޫ/ ސަލްޓަންވިލާ ޢަލީ މުޝައްފަޢުގެ މައްޗަށްކުޅަ މަނާކުރެވިފައިވާ މަސްތުވާއެއްޗެއް ވިޔަފާރިކުރުމަށްޓަކައ އަތުގައި ބެހެއްޓުމުގެ ކުށުގެ މިދަޢުވާ ޝު ރީޢަތުން ދަޢުވާލިބޭ އަޙްމަދު ފިރާޙް ޢަލީއާއި، މުޙައްމަދު ރިމާޙްއާއި، ޢަލީ މުޝައްފަޢ މިދަޢުވާއަށް އިންކާރުކޮށް […] 5 ވަނަ ފަންގިފިލާގައިހުރި އެޕާރޓްމަންޓް ތެރެއިން ފެނިފައިވާ މަސްތުވާތަކެތީގެ ޒިންމާ ދަޢުވާލިބޭ ތިންމީހުންގެ ތެރެއިން އެކަކުވެސް ނަގި ފައިނުވުމާއި، ފެނިފައިވާ މަސްތުވާތަކެތީގެ ޖުމްލަ ބަރުދަނުގައ 15.25 ގްރާމު ކެނަބިސް ހުރިކަން އެތަކެތީގެ ތަހުލީލު ރިޕޯޓުން އެނގެން އޮންނާތީއާއި، ދަޢުވާ ސާބިތުކުރުމަށް ދައުލަތުން ހުށަހެޅި ހެކީންގެ ހެކިބަހުންނާއި، ގުޅިފައިވާ ޤަރީނާތަކުން މިމައްސަލައިގައި […] 5 ވަނަ ފަންގިފިލާގައިހުރި އެޕާރޓްމަންޓްގެ ކޮޓަރިއެއްގެތެރެއިން ފެނުނު މަސްތުވާތަކެއްޗަކީ އެވަގުތު އެކޮޓަރީގައި ތިބި އަޙްމަދު ފިރާޙް ޢަލީއާއި، މުޙައްމަދު ރިމާޙްއާއި، ޢަލ މުޝައްފަޢުގެ ތަކެތިކަން އެކަށީގެންވާ ޝައްކެއްނެތި ޝަރީޢަތަށް ސާބިތުވާތީ އޙި މަދު ފިރާޙް ޢަލީއާއި މުޙައްމަދު ރިމާޙްއާއި، ޢަލީ މުޝައްފަޢު މަނާކުރެވިފައިވާ މަސްތުވާއެއްޗެއް ވިޔަފާރިކުރުމަށްޓަކައި އަތުގައި ބެހެއްޓުމުގެ ކުށުން ކުށްވެރިވެއްޖެކަމަށް ކަނޑައަޅައި، މިކުށުގެ އުޤޫބާތެއްގެ ގޮތުން ޤާނޫނު ނަންބަރ 17/77 )މަސްތުވާތަކެއްޗާބެހޭ ޤާނޫނު(ގ 2 ވަނަ ނަންބަރުގެ )ހ( އާއި ޙަވާލާދީ އެމާއްދާގެ )ރ( ގެ ދަށުން، ޏ.ފުވައްމުލައް/ އަޒާރާ އަޙްމަދު ފިރާޙް ޢަލީއާއި، ސ.މަރަދޫ/ ސަލްޓަންވިލާ މުޙައްމަދު ރިމާޙްއާއި، ސ.މަރަދޫ/ ސަލްޓަންވިލާ ޢަލީ މުޝައްފަޢު އުމުރަށް ޖަލަށްލުމަށް ޙުކުމްކޮށް މިޤަޟިއްޔާ ނިންމީއެވެ" މިފަދައިންނެވެ.

4ކްރިމިނަލް ކޯޓުގެ ނަންބަރު 201/Cr-C/2014 ޤަޟިއްޔާ އެ ކޯޓުން ނިންމަވާފައިވަނ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލު ތަކާ ޚިލާފަށްކަމަށް ބުނު ސ.ހިތަދޫ ސަލްޓަންވިލާޢަލީ މުޝައްފަޢގް ފަރާތުން އެ ޤަޟިއްޔާ އިސްތިއުނާފުކުރަމުނ 4 ) ހަތަރެއ ( ނުކުތާއެއް ފާހަގަކޮށް، އެ ނުކުތާތަކާމެދު ދިވެހިރާއްޖޭގ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ވާހަކަދައްކާފައިވެއެވެ.މިގޮތުންޢަލީ މުޝައްފަޢގ ފަރާތުން ހުށަހެޅި؛ • ފުރަތަމަ ނުކުތާއަކީ، މަސްތުވާތަކެތި ގެންގުޅޭކަމަށް ތުހުމަތުކުރެވުނު މައްސަލައަކާއި ގުޅިގެން […] 05 ވަނަ ފަންގިފިލާ ބަލާފާސްކުރުމަށް ކްރިމިނަލް ކޯޓުން ދީފައިވާ އެކޯޓުގެ ނަންބަރު 145(BF)/2011/491 17)2011-10-( ކޯޓު އަމުރުގައި ކަނޑައަޅާފައިވާ ޝަރުޠުތަތާއި ޚިލާފަށް ބަލާފާސްކޮށް ހޯދާފައިވާ ހެކީގެ މައްޗަށް، ވީހިނދު ޤާނޫނުއަސާސީގެ 52 ވަނަ މާއްދާއާއި ޤާނޫނާ ޚިލާފަށް ހޯދާފައިވާ ހެކީގެ މައްޗަށް ކުށްސާބިތުވާކަމަށް ނިންމަވާފައިވުމުން އެމައްސަލާގައި ޤާނޫނީ ހައިސިއްޔަތު ގެއްލިފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ. • ދެވަނަ ނުކުތާއަކީ، […] 5 ވަނަ ފަންގިފިލާ ބަލާފާސްކުރުމުގެ ތެރޭގައި ފެނުނުކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ވިދާޅުވާ މަސްތުވާތަކެއްޗަކީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގ ނަންބަރ 2010/SC-A/24 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ ހަމައިގެ ދަށުން ޢަލ މުޝައްފަޢޭ ގެ ހިޔާޒަތު ނުވަތަ ކޮންޓްރޯލްގެ ދަށުގައި ހުރިއެއްޗަކަށް ނުވާހިނދު އަދި ކޮންމެ މީހަކަށް ކޮންމެ ވަގުތަކުވެސް އަތްލެވޭ ގޮތަށްހުރި އެއްޗަކަށްވާހިނދު އެތަކެތީގެ މުޠުލަޤު މަސްޢޫލިއްޔަތު ޢަލީ މުޝައްފަޢި އުފުލަންޖެހޭކަމަށް ކަނޑައަޅައަޢަލީ މުޝައްފަޢގެ މައްޗަށް ކުށްސާބިތުވާކަމަށް ނިންމަވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ. • ތިންވަނަ ނުކުތާއަކީ، […] 05 ވަނަ ފަންގިފިލާއަށް ވަދެނިކުމެ އުޅޭ ކޮންމެ މީހަކަށްވެސް ކޮންމެ ވަގުތަކު އަތްލެވޭގޮތަށް ހާމައަށް ހުރި ތަނަކުން ފެނުނު މަސްތުވާއެއްޗެއް އަޅާފައިހުރ އުރައިގެ ބޭރުގައި ޢަލީ މުޝައްފަޢުގެ އިނގިލީގެ ނިޝާން ހުރުމަކީ ހަމައެކަނި އެސަބަބަށްޓަކައެ ޢަލ މުޝައްފަޢުގެ ކުށްވެރިވާނެ ނުވަތަ މަސްތުވާތަކެތީގެ ޒިންމާއުފުލަންޖެހޭނެ ކަމެއް ނޫންކަން ދިވެހިރާއްޖޭގ ހައިކޯޓުގެ ނަންބަރ 2013/HC-A/301 ޤަޟިއްޔާއަށް ބެލުމުން އެނގޭއިރު އެކަމަށްބާރުދޭ އިތުރުހެކި ޤަރީނާނެތި ފުލުހުން އެގެއަށްވަތްއިރު ނިދާފައިއޮތް މީހެއްގެ މައްޗަށް ކުށް ސާބިތުވާކަމަށް ނިންމަވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ. • ހަތަރުވަނަ ނުކުތާއަކީ، މިމައްސަލާގައި ތުހުމަތުކުރެވިގެން […] 5 ވަނަ ފަންގިފިލާއިން ފުލުހުން ހައްޔަރުކުރި ޏ.ފުވައްމުލައް އާޒާރާ އަޙްމަދު ފިރާޙް ޢަލީ މިމައްސަލައު ގާދަށުކޯޓ މަރުޙަލާގެ ބަންދު މެދު ގޮތެއް ކަނޑައެޅުމުގެ މަޖިލީހުގައި، މިމައްސަލާގައި ފެނުނު މަސްތުވާތަކެތީގެ ފުރިހަމަ ޒިންމާއުފުލާފައިވާއިރު އަދި މިހާރުވެސް އޭނާ އެގޮތަށް ބުނަމުންދާއިރު އެބުނުމަށާއި، ހައިކޯޓުގެ ނަންބަރ 2009/HC-A/212 ޤަޟިއްޔާއިން މިފަދަ ޙާލަތީ ތަކުގައ ހިޔާޒަތު ކަނޑައަޅާފައިވާ ހަމައާއި ޚިލާފަށު ޢަލ މުޝައްފަޢގެ މައްޗަށް ކުށްސާބިތުވާކަމަށް ނިންމަވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ. • ފަސްވަނަ ނުކުތާއަކީ، އެކަށީގެންވާ ޝައްކެތްނެތް މިންވަރަށް ދައުލަތުން ހެކި ދެއްކިފައި ނުވުން އަދި ޝައްކުއުފެދެ ގިނަ ކަންތައްތަކާއި ފުރިހަމް ނުވާ އިޖުރާއަތުތަކެއް ފާހަގަކުރެ ވިފައިވަނިކޮށް އެކަންކަމަށް ރިޢާޔަތް ނުކުރައްވާ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ )އ( އާ ޚިލާފަށް މައްސަލަ ނިންމަވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.

5HN1HN2HN3HN4HN5HN6މިމައްސަލައާ ގުޅިގެން ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއ، ހުށަހެޅިފައިވާ ލިޔުންތަކަށާއި، ކްރިމިނަލް ކޯޓުގެ ނަންބަރު 201/Cr-C/2014 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށްބުނެ، ސ.ހިތަދޫ ސަލްޓަންވިލެ ޢަލީ މުޝައްފަޢގ ފަރާތުންހުށަހަޅާފައިވާ ސބަބުތަކުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނައި ބެލިއިރު، މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ. )ހ( ފުރަތަމަ ކަމަކީ، […] 05 )ފަހެ އ( ވަނަ ފަންގިފިލާގައި ހުންނެ އެޕަރޓްމަންޓުގ ތެރޭގައި ބަޔަކު މަސްތުވާތަކެތި ބޭނުންކުރާކަމުގެ މައުލޫމާތު ލިބިގެން 19 އޮކްޓޯބަރ 2011 ދުވަހުގެ 06:29 ހާއިރު ފުލުހުން އެތަނަށް ދިޔައިރު ޏ.ފުވައްމުލައް އަޒާރާ އަޙްމަދު ފިރާޙް ޢަލީ އާއި ސ.މަރަދޫ ސަލްޓަންވިލާ މުޙައްމަދު ރިމާޙުއާއި ސ.މަރަދި ސަލްޓަންވިލާ ޢަލީ މުޝައްފަޢު އެއި ޕަރޓްމަންޓުގައި ހުރި ކޮޓަރިއެއްގައި ނިދާފައި ތިއްބާ އެމީހުންނަށް ގޮވާ އެމީހުންގެ ހާޟިރުގައި އެކޮޓަރި ބަލައި ފާސްކުރިއިރު، އެކޮޓަރި ތެރޭގައި ހުރި ޑްރެސިން ޓޭބަލްގެ މަތީ ޝެލްފްމަތިން ފެނުނު 05 )ފަހެއް( ސެލޯފިންކޮޅުގައި 0.1925 ގުރާމު ޓެޓްރާހައިޑްރޯކެނަބިނޯލްއާއި، 0.3787 ގްރާމު ކެނަބިނޯލް ހުރިކަމަށާއި، ހަމަ އެޑްރެސިން ޓޭބަލްގެ ވަތްގަނޑުގެ ތެރޭގައި އޮތް ނޫކުލައިގެ ރަބަރު ކޮތަޅެއްގެ ތެރޭގައި އޮތ 18 )އަށާރަ( ރަބަރު ޕެކެޓު ތެރެއިން ފެނުނު 126 )ސަތޭކަ ސައްބީސް( ސެލޯފިން ކޮޅުގައި 4854.7 ގުރާމު ޓެޓްރާހައިޑްރޯކެނަބިނޯލްއާއި،

9.9372 ގުރާމް ކެނަބިނޯލް ހުރިކަމަށް އެތަކެތީގެ ތަޙުލީލު ރިޕޯޓުން ދައްކާތީ، ޤާނޫނު ނަންބަރު 17/77 )މަސްތުވާތަކެއްޗާބެހޭ ޤާނޫނު(ގެ 2 ވަނަ މާއްދާގެ )ހ( އާ ޙަވާލާދީ، އެމާއްދާގެ )ރ( ގެ ދަށުން، އަޙްމަދު ފިރާޙު ޢަލީއާއި މުޙައްމަދު ރިމާޙުއާއި ޢަލީ މުޝައްފަޢުގެ މައްޗަށް މަނާކުރެވިފައިވާ މަސްތުވާއެއްޗެއް ވިޔަފާރިކުރުމަށްޓަކައި އަތުގައި ބެހެއްޓުމުގެ ކުށުގެ ދަޢުވާ ދައުލަތުން ކޮށްފައިވާކަމާއި، އެދަޢުވާއަށް ޏ.ފުވައްމުލައް އަޒާރާ އަޙްމަދު ފިރާޙް ޢަލީ އާއި ސ.މަރަދޫ ސަލްޓަންވިލާ މުޙައްމަދ ރިމާޙުއާއި ސ.މަރަދޫ ސަލްޓަންވިލާ ޢަލީ މުޝައްފަޢު އިންކާރުކޮށްފައިވާކަމާއި، އެމައްސަލަ ކްރިމިނަލް ކޯޓުން ނިންމަވާފައިވަނީ، […] 5 ވަނަ ފަންގިފިލާގައިހުރި އެޕާރޓްމަންޓްގެ ކޮޓަރިއެއްގެތެރެއިން ފެނުނު މަސްތުވާތަކެއްޗަކީ އެވަގުތު އެކޮޓަރީގައި ތިބް އަޙްމަދު ފިރާޙް ޢަލީއާއި، މުޙައްމަދު ރިމާޙްއާއި، ޢަލީ މުޝައްފަޢުގެ ތަކެތިކަން އެކަށީގެންވާ ޝައްކެއްނެތި ޝަރީޢަތަށް ސާބިތުވާތީ އަޙްމަދު ފިރާޙް ޢަލީއާއި މުޙައްމަދު ރިމާޙްއާއި، ޢަލީ މުޝައްފަޢު މަނާކުރެވިފައިވާ މަސްތުވާއެއްޗެއް ވިޔަފާރިކުރުމަށްޓަކައި އަތުގައު ބެހެއްޓުމުގެ ކުށުން ކުށްވެރިވެއްޖެކަމަށް ކަނޑައަޅައި، މިކުށުގެ އުޤޫބާތެއްގެ ގޮތުން ޤާނޫނު ނަންބަރ 17/77 )މަސްތުވާތަކެއްޗާބެހޭ ޤާނޫނު(ގެ 2 ވަނަ ނަންބަރުގެ )ހ( އާއި ޙަވާލާދީ އެމާއްދާގެ )ރ( ގެ ދަށުން، ޏ.ފުވައްމުލައް/ އަޒާރާ އަޙްމަދު ފިރާޙް ޢަލީއާއި، ސ.މަރް ދ/ ސަލްޓަންވިލާ މުޙައްމަދު ރިމާޙްއާއި، ސ.މަރަދޫ/ ސަލްޓަންވިލާ ޢަލީ މުޝައްފަޢު އުމުރަށް ޖަލަށްލުމަށް ޙުކުމްކޮށކަން އެނގެންއޮންނަކަމާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ މިޤަޟިއްޔާއިން ބެލިފައިމިވަނީ އިސްވެމިދެންނެވުނު ކްރިމިނަލް ކޯޓުގެ ޤަޟިއްޔާގައި ސ.މަރަދޫ/ ސަލު ޓަންވިލް ޢަލީ މުޝައްފަޢެ ގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައަޅުއްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތަށް ނޫންކަމަށް ބުން ޢަލީ މުޝައްފަޢާގެ ފަރާތުނ ހުށަހަޅާފައިވާ މައްސަލައެވެ. )ށ( ދެވަނަ ކަމަކީ، ކްރިމިނަލް ކޯޓުގެ ނަންބަރު 201/Cr-C/2014 ޤަޟިއްޔާ ނިންމަވާފައިވަނީ، […] 5 ވަނަ ފަންގިފިލާ ބަލާފާސްކުރުމަށް ކްރިމިނަލް ކޯޓުން ނެރުއްވާފައިވާ ނަންބަރު

17) 145(BF)/2011/491(2011-10- ކޯޓު އަމުރުގައި ކަނޑައަޅާފައިވާ ޝަރުޠުތަކާ ޚިލާފަށް ހޯދާފައިވާ ހެކީގެ މައްޗަށް ކަމަށާއި، އެއަމުރުގައި އެތަން ބަލާފާސްކުރަންޖެހޭނީ ގޭގެ ވެރިފަރާތް ނުވަތަ އެފަރާތުން ކަނޑައަޅާ ފަރާތެއްގެ ހާޒިރުގައި ކަމަށް ލިޔެފައިވަނިކޮށް ގޭގެ ވެރިފަރާތަކީ ނުވަތަ އެފަރާތް ކެނޑައަޅ ފަރާތަކީ ކާކުތޯ ބެލުމެއްނެތި ބަލާފާސްކޮށް، ޤާނޫނާ ޚިލާފަށް ހޯދާފައިވާ ހެކިތަކެއްގެ މައްޗަށް ބިނާކޮށްކަމަށް ބުނީ ހުށަހެޅި ނުކުތާއަށް ބަލާއިރު، […] 5 ވަނަ ފަންގިފިލާ ބަލާފާސްކުރުމަށް ކްރިމިނަލް ކޯޓުން ނެރުއްވާފައިވާ އަމުރުގެ ދަށުން އެތަން ބަލާ ފާސްކުރުމަށް ފުލުހުން ދިޔައިރު، ޏ.ފުވައްމުލައި އަޒާރާ އަޙްމަދު ފިރާޙް ޢަލީ އާއި ސ.މަރަދޫ ސަލްޓަންވިލާ މުޙައްމަދު ރިމާޙުއާއި ސ.މަރަދޫ ސަލްޓަންވިލާ ޢަލީ މުޝައްފަޢު އެއެޕަރޓްމަންޓުގައ ހުރި ކޮޓަރުއެއްގައި ނިދާފައި ތިބިކަމަށާއި، ފުލުހުން އެއެޕަރޓްމަންޓު ބަލާފާސްކޮށްފައިވަނީ މިދެންނެވުނު ތިން މީހުންގެ އިތަރުން އެކޮޓަރީގައި ނިދާފައި އޮތް އިތުރު ކުއްޖަކާއި އެއެޕަރޓްމަންޓުގެ ސިޓިންގރޫމުގައ ނިދާފައިއޮތް ސ. ހިތަދޫ ދެވިނަ އަޙްމަދު ނަވާބުއަށް ގޮވައި ހޭލެއްވުމަށްފަހެ ކޯޓު އަމުރުދައްކައި އެއެންމެންގ ހާޒިރުގައިކަން ދައުލަތުގެ ފަރާތުން ހުށަހެޅި ހެކިންގެ ހެކިބަހުން އެނގެންއޮތްއިރު، […] 5 ވަނަ ފަންގިފިލާ އަކް ޢަލީ މުޝައްފަޢު ދިރިއުޅެމުންދާ ތަންކަނާ ޢަލީ މުޝައްފަޢަގެ ފަރާތުން ދައްކާފައިވާ ވާހަކަތަކުން އެނގެންއޮންނަކަމާއި އަދި އެތަނު ކ ޢަލީ މުޝައްފަޢްގެ ދައްތަ ސ. މަރަދޫ/ ސަލްޓަންވިލ ފާޠިމަތު ނުޒުހާ ކުއްޔަށް ހިފާފައިވާތަނެއްކަމަށ ތަހުޤީޤުގައި ޢަލީ މުޝައްފަޢުބުނެފައިވާއިރު، ސ. މަރަދޫ/ ސަލްޓަންވިލާ ފާޠިމަތު ނުޒުހާ ތަޙުޤީޤަށް ދިން ބަޔާނުގައި އެތަނަކީ އޭނާ ކުއްޔަށް ހިފާފައިވާ ތަނެއް ނޫނިކަމަށ ބުނެފައާ ވީނަމަވެސް އެއެންމެންވެސް ދިރިއުޅެނީ އެތަނުގައި ކަން އެފަރާތްތަކުގެ ބަހުން އެނގެންއޮންނަކަމާއި، އަދި ފާޠިމަތު ނުޒުހާ ތަހުޤީޤަށް ދީފައިވާ ބަޔާނުގައި އެތަނަކީ އޭނާގެ ރަހުމަތްތެރިއެއް ކަމުގައިވުސ. ހިތަދޫ ދެވިނަ އަޙްމަދު ނަވާބި ކުއްޔަށް ހިފައި ގެން އުޅޭތަނެއްކަމަށް ބުނެފައިވާއިރު ފުލުހުން އެތަން ބަލައި ފާސްކުރިވަގުތު ސ. ހިތަދޫ ދެވިނަ އަޙްމަދު ނަވާބުވެސް އެތަނުގައި ހާޒިރުވެހުރިކަން މައްސަލައާ ގުޅުންހުރި ލިޔެކިޔުންތަކަށް ބެލުމުން ސާފުވާކަމާއި، ކޯޓުއަމުރެއްގެ ދަށުން ބަލާފާސްކުރުމާ ގުޅޭގޮތުން ފުލުހުން ޢަމަލުކުރަންޖެހޭ އިޖުރާއާތު ބަޔާންކޮށްފައިވާ ފުލުހުންނަށް ލިބިދީފައިވާ އެންމެހާ ޤާނޫނީ ބާރުތަކާއި އިޚްތިޔް ރުގެ ބޭނުންހިފުމާބެހޭ ޤަވާޢިދުށ ބަލާއިރި،ތަނެއް ބަލާފާސްކުރުމަށް ފުލުހަކު ދާއިރު ތަނުގެ ވެރިފަރާތް އެތަނުގައި ހާޒިރުވެ ނެތްނަމަވެސް އެތަނުގެ ވެރާ ފަރާތުން އުފުލަންޖެހޭ ޒިންމާތަކާއަޙަވލުވެވިދާނޭ މީހެއް ކަމަށް ފެންނަ މީހަކު އެވަގުތު އެތަނުގައި ހާޒިރުވެ ހުރިނަމަ އެތަނެއް ބަލާފާސްކުރެވިދާނެކަން އެނގެންއޮންނަކަމާއި، ތަނެއް ކުއްޔަށް ނަގައިގެން އުޅޭ ބަޔަކީ އެވަގުތަކު އެތަނެއްގެ ވެރިފަރާތް ކަމުގައި ބެލެވޭނެކަމާއ އެހެނީ ކުލީގެ މުއްދަތުގައި އެތަނަށް ލިބޭ ގެއްލުމުގެ ޒިންމާ ނަގަންޖެހޭ ފަރާތަކީވެސް އެވަގުތަކު އެތަނެއް ކުއްޔަށް ހިފައިގެން އުޅޭ ފަރާތެއްކަމަށް ވާއިރު، ކުއްޔަށް ހިފައިގެން އުޅޭ މުއްދަތުގައި އެފަރާތްތަކުގެ ޢަމަލުތައް ހުރިގޮތަކުން ފުލުހުން އެތަނަކަށް ވަދެ ބަލާފާސްކުރަން ޖެހޭ ޙާލަތްތަކުގައި ތަނުގެ އަޞްލު ވެރިފަރާތް ހާޒިރުކޮށް ނުވަތަ އެފަރާތް އެކަމުގައި ޒިންމާކުރުވުމަކީ ހަމަޖެހާ ގޮތަކަށް ނުވާނެކަމާއި، އެހެންކަމުނ މިދެންނެވުނު ޙާލަތުގައި އެފަރާތްތަކުގެ ހާޒިރުގައި ކޯޓުއަމުރެއްގެ ދަށުން އެތަނެއް ބަލފަސްކުރެވިދާނެކަނ އެނގެންއޮންނަކަމެވެ. )ނ( ތިންވަނަ ކަމަކީ، […] 5 ވަނަ ފަންގިފިލާ ބަލާފާސްކުރުމުގެ ތެރޭގައި ފެނުނުކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ވިދާޅުވާ މަސްތުވާތަކެއްޗަކީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގ ނަންބަރ 2010/SC-A/24 ޤަ ޟިއްޔާގައި ކަނޑައަޅުއްވާފައިވާ ހަމައިގެ ދަށުނު ޢަލީ މުޝައްފަޢޭ ގެ ހިޔާޒަތު ނުވަތަ ކޮންޓްރޯލްގެ ދަށުގައި ހުރިއެއްޗަކަށް ނުވާހިނދު އަދި ކޮންމެ މީހަކަށް ކޮންމެ ވަގުތަކުވެސް އަތްލެވޭ ގޮތަށްހުރި އެއްޗަކަށްވާހިނދު އެތަކެތީގެ މުޠުލަޤު މަސްޢޫލިއްޔަތުޢަލ މުޝައްފަޢައުފުލަންޖެހޭކަމަށް ކަނޑައަޅުއްވ އ ޢަލީ މުޝައްފަޢެ ގެ މައްޗަށް ކުށްސާބިތުވާކަމަށް ނިންމަވާފައިވާކަމަށާއި، […] 05 ވަނަ ފަންގިފިލާއަށް ވަދެނިކުމެ އުޅޭ ކޮންމެ މީހަކަށްވެސް ކޮންމެ ވަގުތަކު އަތްލެވޭގޮތަށް ހާމައަށް ހުރި ތަނަކުން ފެނުނު މަސްތުވާއެއްޗެއް އަޅާފައިހުރި އުރައިގެ ބޭރުގައި ޢަލީ މުޝައްފަޢުގެ އިނގިލީގެ ނިޝާން ހުރުމަކީ ހަމައެކަނި އެސަބަބަށްޓަކައި ޢަލީ މުޝައްފަޢު ކުށްވެރިވާނެ ނުވަތަ މަސްތުވާތަކެތީގެ ޒިންމާއުފުލަންޖެހޭނެ ކަމެއް ނޫންކަން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރ 2013/HC-A/301 ޤެ ޟިއްޔާއަށަ ބެލުމުން އެނގޭއިރު އެކަމަށްބާރުދޭ އިތުރުހެކި ޤަރީނާނެތި ފުލުހުން އެގެއަށްވަތްއިރު ނިދާފައިއޮތް މީހެއްގެ މައްޗަށް ކުށް ސާބިތުވާކަމަށް ނިންމަވާފައިވާކަމަށް ބުނެ ޢަލީ މުޝައްފަޢުގެ ފަރާތުން ހުށަހެޅި ނުކުތާތަކަށް ބަލާއިރު، އެމީހެއްގެ ހިޔާޒަތުގެ ދށަ ގައި ހުންނަ މަސްތުވާތަކެތީގެ ޒިންމާ އެމީހަކު އުފުލަންޖެހޭކަމާއި، ޝަރުޢު އަދި ޤާނޫނީ ހަމަތަކުގެ މަތީން އެފަދަ މަސްތުވާތަކެތީގެ ޒިންމާ އުފުލަންޖެހޭ ފަރާތެއް ނުދެއްކޭނަމަ އެތަކެއްޗާމެދު ޖަވާބުދާރީވެ، އެތަކެތީގެ ޒިންމާ އުފުލަންޖެހޭނީ އެތަކެތި އެމީހެއްގެ ހިޔާޒު ތުގެ ދަށުން ފެނުނު މީހެއްކަން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރ 2010/SC-A/07 ޤަޟިއްޔާއާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރ 2009/HC-A/212 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާކަން އެނގޭކަމާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2010/SC-A/24 ޤަޟިއްޔެ އަށާ ބަލާއިރު، މަސްތުވާތަކެތީގެ ތަޙުލީލު ރިޕޯޓަކުން އެތަކެއްޗަކީ މަސްތުވާތަކެތިކަން އެނގެންއޮތުމަކީ ހަމައެކަނި އެރިޕޯޓުގެ މައްޗަށް ބަލައި އެތަކެއްޗަކީ ވަކި މީހެއްގެ އަތުން ނުވަތަ ވަކި މީހަކު އެކަނި ބޭނުންކުރާ ތަނަކުން ނުވަތަ އެއްޗަކުން ފެނިފައިވާ ތަކެތިކެ ން ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން ސާބިތުވާކަމަށް ބެލެވޭނީ ލިޔުމެއްނޫންކަމަށާއި، އެތަކެއްޗަކީ ތުހުމަތުކުރެވޭ ފަރާތުގެ އަތުން ފެނުނުތަކެތިކަން ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ )އ( ގައިބަޔާންކުރާ އުޞޫލުގެ މަތިން ސާބިތުކުރުމަށްޓަކައި އެތަކެއްޗާއި ތުހުމަތުކުރެވޭ ފަރާތް ހުރިގުޅުމަކީ ކޮބައިކަން ބުނެދެވެން ޖެހޭނެކަމާއި، މަސްތުވާތަކެތީގެ ވިޔަފާރި ކުރުމަށްޓަކައި އަތުގައި ބެހެއްޓިކަމަށް ބެލެވޭ މިންވަރަށް މަސްތުވާތަކެތި ގެންގުޅުމުގެ ކުށުގް މައްސަލަތަކަކީ އެކުށުގެ އަދަބަށް ބަލާއިރު ޖިނާއީ ކުށްކުށަށް ދެވޭ އަދަބުތަކުގެ ތެރެއިން އެންމެ ހަރުކަށި އެއް އަދަބުކަމާއި، އެހެންކަމުން އެފަދަ ޙައްސާސްކަން ބޮޑު މައްސަލަތަކުގައި އިޙްމާލުވުނ ދުރުކުރުވުމުގެ ގޮތުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރ 2012/SC-A/01 ޤަޟިއްޔާގައިވާ ޖިނާއީ މައްސަލަތާ އ ސާބިތުކުރުމާ ގުޅޭގޮތުން ކަނޑައަޅުއްވާފައިވާ އުޞޫލު ތަޠްބީޤުކުރާނަމަ، މުއްތަހަމާއި ކުށާއި ގުޅުވައިދޭ އިތުރު ހަރުދަނާ ދަލީލު ހުރެގެން މެނުވީ މުއްތަހަމުގެ މައްޗަށް ކުށް ސާބިތުވާކަމަށް ޔަޤީނާ ގާތްކުރާ މިންވަރަށް އިޤްތިނާޢު ނުވެވޭނެކަމާއި، އަދި އެފަދައިން ލ ބިފައިވާ ދަލީލުތަކަކީ ހެކިންގެ ހެކިބަހަށް އިތުރަށް ބުރަދަންދޭ ދަލީލުތަކަކަށް ވާންޖެހޭނެކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރ 2015/HC-A/10 ޤަޟިއްޔާގައި ބަޔާންކުރައްވާފައިވާކަމާއ، އިސްތިއުނާފުކުރެވިފައިމިވާ މައްސަލާގައި ކަންހިނގާފައިވާ ގޮތަށް ބަލާއިރު، […] 5 ވަނަ ފަންގިފިލާގައި ހުރި އެޕަރޓްމަންޓު ބަލާފާސްކުރުމަށް ފުލުހުން ވަތް އިރު އެއެޕަރޓްމަންޓުގެ ކޮޓަރިއެއްގެ ތެރޭގައި ހުރި ޑްރެސިން ޓޭބަލްގެ މަތީ ޝެލްފްމަތިން ފެނުނު 05 )ފަހެއް( ސެލޯފިންކޮޅުގައި 0.1925 ގުރާމު ޓެޓްރާހައިޑްރޯކެނަބިނޯލްއާއި، 7870.3 ގްރާމު ކެނަބިނޯލް ހުރިކަމަށާއި، ހަމަ އެޑްރެސިން ޓޭބަލްގެ ވަތްގަނޑުގެ ތެރޭގައި އޮތް ނޫކުލައިގެ ރަބަރު ކޮތަޅެއްގެ ތެރޭގައި އޮތ 18 )އަށާރަ( ރަބަރު ޕެކެޓު ތެރެއިން ފެނުނު 126 )ސަތޭކަ ސައްބީސް( ސެލޯފިން ކޮޅުގައި 4.7485 ގުރާމު ޓެޓްރާހައިޑްރޯކެނަބިނޯލްއާއި،

9.9372 ގުރާމް ކެނަބިނޯލް ހުރިކަމަށް އެތަކެތީގެ ތަޙުލީލު ރިޕޯޓުން ދައްކާކަމާއި، މިދެންނެވުނު މަސްތުވާތަކެތި ފެނުނު ކޮޓަރީގެ ތެރޭގައި ޢަލީ މުޝައްފަޢުއާއެކު އިތުރު ތިން މީހަކު ނިދާފައި ތިބިކަމާއި، އެތަނުން ފެނުނު މަސްތުވާތަކެތީގެ ޒިންމާ އެތަނުގެ ތެރޭގައި ނިދް ފައިތިބް މީހުންގެ ތެރެއިނީ އެކަކުވެސް ނަގާފައިނުވާކަން މައްސަލައާ ގުޅިގެން ހުށަހެޅިފައިވާ ލިޔުންތަކަށް ބެލުމުން އެނގެންއޮންނައިރު، ޢަލ މުޝައްފަޢު ނިދާފައި އޮތް ކޮޓަރިން ފެނުނު މަސްތުވާތަކެތިން ފިންގަރޕްރިންޓް ލިފްޓް ކުރެވިފައިވާކަމާއި، އެގޮތުން ފެނުނު މަސްތުވާތަކެތީގެ ތެރެއިން ރަބަރު ޕެކެޓަކުން ޢަލީ މުޝައްފަޢުގެ ފިންގަރ ޕްރިންޓް ފެނިފައިވާކަން މައްސަލައާ ގުޅިގެން ހުށަހެޅިފައިވާ ލިޔުންތަކުންނާއި ހެކިންގެ ހެކިބަހުން އެނގެންއޮންނައިރު، މިދެންނެވުނު ރަބަރުޕެކެޓުން ޢަލީ މުޝައްފަޢުގެ ފިންގަރޕްރިންޓް ފިޔަވައި އިތުރު ފަރާތެއްގެ ފިންގަރޕްރިންޓް ފެނިފައިނުވާކަން ފާހަގަކުރެވޭކަމާއި، އަދި އެއިން ޢަލީ މުޝައްފަޢުގެ ފިންގަރޕްރިންޓް ފެންނަންޖެހުނ ސަބަބެއް އެކަށީގެންވާ ހަމައަކުން ޢަލީ މުޝައްފަޢުއަށް ބުނެދެވިފައިނުވާއިރު، ޢަލީ މުޝައްފަޢު ދިރިއުޅެމުންދާ […] 5 ވަނަ ފަންގިފިލާ ބަލާފާސްކުރުމުގެ ތެރޭގައި ޢަލީ މުޝައްފަޢު ނިދާފައި އޮތް ކޮޓަރިން ފެނުނު މަސްތުވާތަކެތީގެ ތެރެއިން މަސްތުވާތަކެތި ހުރި ރަބަރު ޕެކެޓަކުން ޢަލީ މުޝައްފަޢުގެ ފިންގަރޕްރިންޓް ފެނިފައިވާވުމަކީ މިމައްސަލާގައި ހުށަހެޅިފައިވާ ކަންކަމަށްބަލާއިރު ޢަލީ މުޝއްފަޢުއާ އެމަސްތުވާތަކެއްޗ ގުޅުވާލުމަށް ފުދޭނެ ހަރުދަނާ ޤަރީނާއެއްކަން ފާހަގަކުރެވޭކަމެވެ. )ރ( ހަތަރވަނު ކަމަކީ، […] 5 ވަނަ ފަންގިފިލާއިން ފުލުހުން ހައްޔަރުކުރި ޏ.ފުވައްމުލައް އާޒާރާ އަޙްމަދު ފިރާޙް ޢަލީ މިމައްސަލައިގެ ދަށުކޯޓު މަރުޙަލާގެ ބަންދާމެދު ގޮތެއް ކަނޑައެޅުމުގެ މަޖިލީހުގައި، މިމައްސަލާގައި ފެނުނު މަސްތުވާތަކެތީގެ ފުރިހަމަ ޒިންމާއުފުލާފައިވާކަމަށާއި، އަދ މިހާރުވެސް އޭނާ އެގޮތަށް ބުނަމުންދާއިރު އެބުނުމަށާއި، ހައިކޯޓުގެ ނަންބަރ 2009/SC-A/212 ޤަޟިއްޔާއިން މިފަދަ ޙާލަތްތަކުގައި ހިޔާޒަތު ކަނޑައަޅާފައިވާ ހަމައާއި ޚިލާފަށް ޢަލީ މުޝައްފަޢުގެ މައްޗަށް ކުށްސާބިތުވާކަމަށް ނިންމަވާފައިވާކަމަށް ބުނެ ޢަލީ މުޝައފަޢުގެ ފަރާތުން ހުށަހެޅި ނުކުތާއަށް ބަލާއިރު، ޏ. ފުވައްމުލައް/ އަޒާރާ އަޙްމަދު ފިރާޙް ޢަލީ އަކީ ޢަލީ މުޝައްފަޢު އެކޭ އެއްފަދައިން އިސްތިއުނާފުކުރެވިފައިމިވާ ކްރިމިނަލް ކޯޓުގެ ޤަޟިއްޔާގައި ދައުލަތުން ދަޢުވާކުރި ފަރާތެއްކަމާއި، އެގޮތުން އަޙްމަދު ފިރާޙް ޢަލ އެމައްސަލާގައި ކްރިމިނަލް ކޯޓަށް ދީފައިވާ ބަޔާންތަކަށް ބަލާއިރު، […] 5 ވަނަ ފަންގިފިލާއިން ފެނުނު މަސްތުވާތަކެތީގެ މައްސަލައިގެ ދަޢުވާއަށް އޭނާ އިންކާރުކުރާކަމަށް 26 އޮކްޓޯބަރ 2014 ވަނަ ދުވަހު އަޙްމަދު ފިރާޙް ޢަލީ ކްރިމިނަލް ކޯޓަށް ދީފައިވާ ބާ ޔާނުގައަ ބުނެފައިވާކަމާއި، އަދ އެމައްސަލައިގެ ތަހުޤީޤަށް އޭނާ ދީފައިވާ ބަޔާނުގައިވެސް އޭނާގެ މައްޗަށް ކުރެވިފައިވާ ތުހުމަތަށް އޭނާ އިންކާރުކޮށްފައިވާކަން އަޙްމަދު ފިރާޙް ޢަލީގެ ތަހުޤީޤު ބަޔާނަށް ބެލުމުން އެނގެންއޮންނައިރު، ޢަލ މުޝައްފަޢު މިނުކުތާގައި ފާހަގަކުރާ ފަދައިން މިމައްސަލާގައި ފެނިފައިވާ އެމަސްތުވާތަކެތީގެ ޒިންމާ އަޙްމަދ ފިރާޙް ޢަލީ އުފުލާފައިވާކަން ހުށަހެޅިފައިވާ ލިޔެކިޔުންތަކުން އެނގެންނެތްކަން ފާހަގަކުރެވޭކަމެވެ. އެހެންކަމުން، އިސްވެ ބަޔާންކުރެވިދިޔަ ކަންކަން އެފަދައިން ހުރުމުން، ކްރިމިނަލް ކޯޓުގެ ނަންބަރ 201/Cr-C/2014 ޤަޟިއްޔާގައި ސ. މަރަދޫ/ ސަލްޓަންވިލާ ޢަލީ މުޝައްފަޢު މަނާކުރެވިފައިވާ މަސްތުވާއެއްޗެއް ވިޔަފާރިކުރުމަށްޓަކައި އަތުގައި ބެހެއްޓުމުގެ ކުށުން ކުށްވެރިވެއްޖެކަމަށް ކަނޑައަޅައި، މިކުށުގެ އުޤޫބާތެއްގެ ގޮތުން، ޤާނޫނު ނަންބަރ 17/77 )މަސްތުވާތަކެއްޗާބެހޭ ޤާނޫނު(ގެ 2 ވަނަ ނަންބަރުގެ )ހ( އާއި ޙަވާލާދީ އެމާއްދާގެ )ރ( ގެ ދަށުން، އޭނާ އުމުރަށް ޖަލަށްލުމަށް ކުރައް ވާފައިވާ ޙް ކުމަށް ބަދަލެއް ގެންނަން ޖެހޭފަދަ ޝަރުޢީ އަދި ޤާނޫނީ ސަބަބެއް ނެތްކަމަށް މިމައްސަލަ މިކޯޓުގައި ބެލި ފަނޑިޔާރުންނަށް އއްބަސްވެވިފައިވެއެވެ. • ޙުކުމް: ދެންފަހެ، އިސްވެ ބަޔާންކުރެވިދިޔަ ސަބަބުތައް އެފަދައިން ހުރުމުން، ކްރިމިނަލް ކޯޓުގެ ނަންބަރ 201/Cr-C/2014 ޤަޟިއްޔާގައި ސ. މަރަދޫ/ ސަލްޓަންވިލާ ޢަލީ މުޝައްފަޢުގެ މައްޗަށްމަނާކުރެވިފައިވ މަސްތުވާއެއްޗެއް ވިޔަފާރިކުރުމަށްޓަކއި އަތުގައި ބެހެއްޓުމުގެ ކުށާ ސާބިތުވާކަމަށް ކަނޑައަޅުއްވައި، އެކުށުގެ އުޤޫބާތެއްގެ ގޮތުން ޢަލީ މުޝައްފަޢު އުމުރަށް ޖަލަށްލުމަށް ކުރައްވާފައިވާ ޙުކުމަށް ތާއީދުކޮށް، މި ޤަޟިއްޔ ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި ޙުކުމްކޮށްފީމެވެ.

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ޝެއަރ ކުރައްވާ