—
ޚުލާޞާ
- ކޯޓަށް އައި ގޮތް
- ކްރިމިނަލް ކޯޓުން، މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި، 28 ޖުލައި 2017 އިން 07 އޯގަސްޓް 2017 އަށް ތުހުމަތުކުރެވޭ ފަރާތް ގޭބަންދުގައި ބެހެއްޓުމަށް އަމުރުކުރިއެވެ.
- ވާޤިޢާ
- މަސްތުވާތަކެތި ބޭނުންކުރުމާއި ގެންގުޅުމާއި ޓްރެފިކްކުރުމުގެ ތުހުމަތުގައިވާ ފަރާތެއްގެ ޖީބުންނާއި އަތުގައި އޮތް ކޮތަޅެއްގެ ތެރެއިން މަސްތުވާތަކެތި ފެނި، ކުޑަކަމުދާ ތަކެތި ތަޙުލީލުކުރުމުން ކެނެބިސް އަދި އެމްފެޓަމިންއަށް ޕޮޒިޓިވްވެފައިވާކަމަށް ފުލުހުން ބަޔާންކޮށް، މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުކުރުމަށް އެދުނެވެ.
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- މަސްތުވާތަކެތި ބޭނުންކުރުމާއި ގެންގުޅުމާއި ޓްރެފިކްކުރުމުގެ ތުހުމަތުގައިވާ ފަރާތެއް ގޭބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރު، ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 59 އަދި 60 ވަނަ މާއްދާއާ އެއްގޮތްތޯ؛ އަދި ދަޢުވާ ކޯޓަށް ހުށަހެޅިފައިވާ ޙާލަތުގައި ބަންދާބެހޭ އެދުން ހުށަހަޅަންވީ ކޯޓަކީ ކޮބައިތޯ.
- ޚަޞްމުންގެ ހުށަހެޅުންތައް
- ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނީ، އަމުރަކީ ޤާނޫނުއަސާސީގެ 46 އަދި 49 ވަނަ މާއްދާއާއި ބަންދުގެ ޤަވާޢިދުގެ 7 ވަނަ މާއްދާއަށް ރިޢާޔަތްނުކޮށް، އަދި 143 (ރ) ގެ ދަށުން ތަބާވާންޖެހޭ ސުޕްރީމް ކޯޓާއި ހައިކޯޓުގެ ސާބިޤާތަކަށް ރިޢާޔަތްނުކޮށް ނެރުނު އަމުރެއް ކަމަށެވެ.
- ކޯޓުގެ ސަބަބުތައް
- މަސްތުވާތަކެތީގެ ކުށްތަކަކީ މުޖުތަމަޢަށް ނުރައްކާތެރިކަން ބޮޑު ކުށްތަކެއްކަމާއި، ތުހުމަތު އުފެދޭ މިންވަރުގެ ހެކި ހުރުމާއެކު ގޭބަންދުގައި ހުރުމަކީ ކުށް ތަކުރާރުކުރުމުގެ ފުރުޞަތު އޮންނަކަމެއް ކަމުން އަމުރަށް ބަދަލު ގެންނަންޖެހޭ ނަމަވެސް، ދަޢުވާ ކުރިމިނަލް ކޯޓަށް ފޮނުވިފައިވާތީ ބަންދާބެހޭ އެދުން ހުށަހަޅަންވީ މައްސަލަ އޮންނަ ކޯޓަށް ކަމަށް ކަނޑައެޅިއެވެ.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- —
- ފަހުގެ ތާރީޚު
- ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް
ނިންމުން
ދަށުކޯޓުގެ ނިންމުން ބާޠިލުދަށުކޯޓުގެ އަމުރު ބާޠިލު؛ ބަންދާމެދު ގޮތެއް ނިންމުމަށް މައްސަލަ ހުށަހެޅިފައިވާ ކޯޓަށް ހުށަހެޅުމަށް އެންގި
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
ކުށެއްގެ ތުހުމަތުގައިވާ މީހެއްގެ ބަންދާމެދު ގޮތެއް ނިންމުމުގައި ފަނޑިޔާރު ބަލަންޖެހޭނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) 60 ވަނަ މާއްދާގެ (ށ) ގެ 1 ވަނަ ނަންބަރުން ފެށިގެން 4 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ސަބަބުތަކުން ކުރެ ސަބަބެއް އޮތްތޯކަމާއި، އެއިން ސަބަބެއް އޮތްކަން ނުވަތަ ނެތްކަމާމެދު ގޮތެއް ނިންމުމުގެ ބާރު ލިބިދީފައިވަނީ ފަނޑިޔާރަށެވެ. (ޕެރ. 3(ށ))
އެމީހަކާމެދު ތުހުމަތުކުރެވިފައިވާ މައްސަލައެއްގެ ހެކި ފޮރުވުމަށް ނުވަތަ ހެކިބަސް ދޭން ހުރި މީހަކަށް ނުފޫޒެއް ފޯރުވުމަށް މަސައްކަތްކޮށްފާނެކަމަށް، ނުވަތަ ކޯޓަށް ހާޒިރު ނުވެދާނެކަމަށް، ނުވަތަ ފިލާފާނެކަމަށް، ނުވަތަ ބަންދުން ދޫކޮށްލައިފިނަމަ މުޖްތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ފަނޑިޔާރަށް ފެނިއްޖެނަމަ، އެމީހަކު ބަންދުގައި ބެހެއްޓުމުގެ އަމުރެއް ނެރުމުގެ ބާރު ފަނޑިޔާރަށް ލިބިގެންވެއެވެ. (ޕެރ. 3(ށ))
ކުށެއްގެ ތުހުމަތުގައި ބަންދުކޮށްފައިވާ މީހަކު ބަންދުކޮށްފައިވަނީ ޤާނޫނާ އެއްގޮތްވާގޮތުގެ މަތިންކަން ނުވަތަ ނޫންކަން ކޯޓުން ކަނޑައެޅުމުގައި ކުށުގެ ބާވަތަށާއި، ކުށުގެ ކުޑަބޮޑުމިނަށާއި، ކުށްކޮށްފައިވާ ޙާލަތަށާއި، ކުށްކުރުމުގައި އަނިޔާވެރިކަން ހިމެނޭނަމަ އެކަމަށާއި، އޭނާއާ ދެކޮޅަށް ހުށަހެޅިފައިވާ ހެކީގެ ބުރަދަނަށާއި، އޭނާގެ ކުށުގެ ރެކޯޑަށާއި، ކޯޓަށް ހާޒިރުވުމުގައި ވޭތުވެދިޔަ ތާނގައި ޢަމަލުކޮށްފައިވާގޮތަށް ރިޢާޔަތްކުރަންވާނެއެވެ. (ޕެރ. 3(ށ))
ކުށެއްގެ ތުހުމަތުގައި ބަންދުކޮށްފައިވާ މީހާ ބަންދުކޮށްފައިވަނީ ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިންކަން ނުވަތަ ނޫންކަން ކަނޑައެޅުމުގައި، އޭނާ އެ ކުށް ކުރިކަމަށް ތުހުމަތުކުރެވޭ މިންވަރަށް އެކަށީގެންވާ ހެކި އެ ވަގުތު ނެތްކަމުގައިވިޔަސް، ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) 60 ވަނަ މާއްދާގެ (ށ) ގެ 1 ވަނަ ނަންބަރުން ފެށިގެން 4 ވަނަ ނަންބަރުގައި ބަޔާންކުރާ ސަބަބުތަކުގެ ތެރެއިން ސަބަބެއް އޮވެފައި، އޭނާގެ މައްޗަށް ތުހުމަތުކުރެވޭ ކޮންމެވެސް މިންވަރެއްގެ ހެކި ހުރެއްޖެނަމަ، އެ ޤާނޫނުގެ 59 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަންކަމަށް ރިޢާޔަތްކޮށް، ބަންދުގައި ބެހެއްޓުމަށް އަމުރުކުރެވިދާނެއެވެ. (ޕެރ. 3(ށ))
މަނާކުރެވިފައިވާ މަސްތުވާތަކެތިއާއި އޭގެ ބޭނުންކުރުމުގެ ކުށްތަކަކީ، އެ ކުށްތަކުގެ ބާވަތުން މުޖުތަމަޢަށް ލިބެމުންދާ ބޮޑެތި ގެއްލުންތަކަށްޓަކައި، މުޖުތަމަޢަށް ނުރައްކާތެރިކަން ބޮޑު ކުށުގެ ޢަމަލުތަކެއްކަމުގައި ފާހަގަކުރެވިފައިވާ ކުށްތަކެކެވެ. (ޕެރ. 3(ނ))
މައްސަލައިގެ ބާވަތަށާއި މައްސަލައިގައި ލިބިފައިވާ ހެކި ޤަރީނާގެ މައްޗަށް ބަލާއިރު، މިފަދަ ތުހުމަތެއްގައިވާ ފަރާތެއް ގޭބަންދުގައި ނުވަތަ މުޖްތަމަޢުގެ ތެރެއަށް ދޫވެފައި ހުރުމަކީ ތުހުމަތުކުރެވިފައިވާ ކުށުގެ ޢަމަލު ތަކުރާރުކުރުމުގެ ފުރުޞަތު އޮންނާނެކަމެއްކަމާއި، އެފަދަ މީހަކު މުޖުތަމަޢުގެ ތެރެއަށް ދޫވެދާފަދަ ތަނެއްގައިވެސް ބެހެއްޓުމަކީ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް އޮތްކަމެކެވެ. (ޕެރ. 3(ނ))
ކުށުގެ ތުހުމަތު ކުރެވޭ މީހާގެ މައްސަލަ ޝަރީޢަތުގައިވާ މަރުޙަލާގައި ޝަރީޢަތުން އެ މައްސަލައާމެދު ގޮތެއް ކަނޑައަޅަންދެން އެ މީހަކީ ބަންދުގައި ބަހައްޓަންޖެހޭ މީހެއްކަމަށް ޕްރޮސިކިއުޓަރ ޖެނެރަލަށް ފެނިވަޑައިގަންނަވާނަމަ އެކަން ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ހުށަހަޅަންޖެހެނީ އެމައްސަލައެއް އޮންނަ ކޯޓަކަށެވެ. (ޕެރ. 3(ނ))
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 48 ވަނަ މާއްދާގެ (ރ)
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާ
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 46 ވަނަ މާއްދާ (އިސްތިއުނާފުކުރި ފަރާތުން)
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) (އިސްތިއުނާފުކުރި ފަރާތުން)
- ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދުގެ 7 ވަނަ މާއްދާ (އިސްތިއުނާފުކުރި ފަރާތުން)
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 59 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 60 ވަނަ މާއްދާގެ (ށ) 1-4
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 60 ވަނަ މާއްދާގެ (ބ)
- A/33-2011/SC
- A/19-2010/SC
- 3A/3-2011/SC
- A/208-2014/HC
ފަނޑިޔާރުން
- ބެންޗު
- ޢަބްދުﷲ ދީދީ، ޢަބްދުއްރައޫފު އިބްރާހީމް، ޢަލީ ސަމީރު
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
g ދިވެހިރާއްޖޭގެ ހައިކޯޓު ދިވެހިރާއްޖެ ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ ޤަޟިއްޔާ ނަންބަރު: 833A/-/HC7201 އިސްތިއުނާފުކުރި ފަރާތް: * ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް * ދާއިމީ އެޑްރެސް: […] * ރަޖިސްޓްރީ ނަންބަރު: - * މިހާރުގެ އެޑްރެސް: […] * ނަން: ޢަޙްމަދު ސުޖީތ * ދާއިމީ އެޑްރެސް: […] * އައި.ޑީ.ކާޑު ނަންބަރު: […] * މިހާރުގެ އެޑްރެސް: […] * ނިމުނު ތާރީޚް: 24 ޛުލްޤަޢިދާ 8143 07 އޯގަސްޓް 7201 16 އޯގަސްޓް 7201 އިސްތިއުނާފުކުރެވުނު އަމުރު ނަންބަރު: ކްރިމިނަލް ކޯޓުގެ ނަންބަރު J/MD/2017/4355-145 ކޯޓު އަމުރު ނިންމެވި ކޯޓު: ކްރިމިނަލް ކޯޓި މައްސަލައިގެ ބާވަތް: ކޯޓު އަމުރު ހުށަހެޅި ތާރީޚް: 28 ޖުލައި 2017 މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް: ފަނޑިޔާރު ޢަބްދުﷲ ދީދީފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމްފަނޑިޔާރު ޢަލީ ސަމީރު ދަޢުވާގެ ޚުލާޞާ: މިއީ ކްރިމިނަލް ކޯޓުގެ ނަންބަރ J/MD/2017/4355-145 ކޯޓު އަމުރު އެ ކޯޓުން ނެރުއްވާފައިވަނީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށް ބުނެ އެ ކޯޓު އަމުރު އިސްތިއުނާފކުރުމަށު އެދި، ޕްރޮސިކިއުޓަރ ޖެނެރަލގް އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބލިފައިވެ ޤަޟިއްޔާއެކެވެ. މިޤަޟިއްޔާގައި އިސްތިއުނާފް ރައްދުވާ ފަރާތަކީ ގދ. ގައްދޫ / ވެސްޓްބީޗ، އަޙްމަދު ސުޖީތއެވެ. ފާހަގަކުރެވުނު ނުކުތާތައް:
1) ކްރިމިނަލް ކޯޓުގެ ނަންބަރު J/MD/2017/4355-145 ކޯޓު އަމުރަށް ބަލާއިރު، އެ އަމުރަކީ ގދ. ގައްދޫ / ވެސޓްބީޗް، އަޙްމަދު ސުޖީތގު މައްޗަށް ތުހުމަތުކުރެވިފައިވާ މަސްތުވާތަކެތި ބޭނުންކުރުމާއި ގެންގުޅުން އަދި ޓްރެފިކްކުރުމުގެ މައްސަލާގައި މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައ28 ޖުލައި 2017 ގެ 17:36 ން ފެށިގެން 07 އޯގަސްޓް 2017 އިގެ 17:35 ގެ ނިޔަލަށް އަޙްމަދ ސުޖީތު ގޭގައި ބަންދުގައި ބެހެއްޓުމަށް ނެރުއްވާފައިވާ އަމުރެއްކަން އެނގެއެވެ.
2) ކްރިމިނަލް ކޯޓުގެ ނަންބަރު J/MD/2017/4355-145 ކޯޓު އަމުރު އެ ކޯޓުން ނެރުއްވފައިވަނާ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށް ބުނެ އެ އަމުރު އިސްތިއުނާފުކުރަމުން، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން 20 (ދއް) ނުކުތާއެއް ފާހަގަކޮށް އެ ނުކުތާތަކާމެދު ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ވާހަކަދައްކާފައިވެއެވެ. ފުރަތަމަ ނުކުތާއަކީ، ކްރިމިނަލް ކޯޓުގެ ނަންބަރު J/MD/2017/4355-145 ކޯޓު އަމުރަކީ ދިވެހރާއްޖޭގި ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދއާއާ 46 ވަނަ މާއްދާއާއި "ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު" ގެ 7 ވަނަ މާއްދާގައި ކުށްކުށަށް ތުހުމަތުކުރެވޭ މީހުން ބަންދު ގައި ބެހެއްޓުމާމެދު ކަނޑައަޅުއްވާފައިވާ އުޞޫލަށް ރިޢާޔަތްނުކުރައްވާ ނެރުއްވާފައިވާ އަމުރެއްކަމަށް ބުނެ ހުށަހެޅި ނުކުތާ. ދެވަނަ ނުކުތާއަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ
(ރ) ގައި "މަތީ މަރުޙަލާގެ ކޯޓުތަކުން ނިންމާ ނިންމުން ތަކަށް އެއަށްވުރެ ދަށު މަރުޙަލާގެ ކޯޓުތަކުން ތަބާވާންވާނެ" ކަމަށް ބަޔާންކޮށްފައިވާއިރު، މި ބާވަތުގެ މައްސަލަތަކުގައި ޢަމަލުކުރަންވީ އުޞޫލު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2010/SC-A/19 ޤަޟިއްޔާއާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 3A/3-2011/SC ޤަޟިއްޔާ އަދި ހައިކޯޓުގެ ނަންބަރު 2014/HC-A/208 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވަނިކޮށް، ކްރިމިނަލް ކޯޓުން އަމުރު ނެރުއްވިއިރު، އެ އުޞޫލަށް ރިޢާޔަތްނުކުރައްވާ މައްސަލަ ނެރުއްވާފައިވާ އަމުރެއާ ކަމަށް ބުނެ ހުށަހެޅި ނުކުތާ.
3) މިމައްސަލިއާ ގުޅިގެން ދިވް ހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ދެފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި މެމައްސަލައާ ގުޅޭ ގޮތުން ޝަރީޢަތަށް ހުށަހެޅިފައިވާ ލިޔެކިއުންތަކަށް ބަލާއިރު، އަންނަނިވި ކަންތައްތައް ފާހަގަކުރެވެއެވެ.
(ހ) ފުރަތަމަ ކަމަކީ، ގދ. ގައްދޫ / ވެސްޓްބީޗް އަޙް މަދު ސުޖީތުގެ މައްޗަށް ތުހުމަތުކުރެވޭ މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ، ޓްރެފިކްކުރުމުގެ މައްސަލާގައި ކްރިމިނަލް ކޯޓުގެ ނަންބަރ -145 J/MD/2017/4355 ކޯޓު އަމުރު ގެ ދަށުން އަޙްމަދު ސުޖީތު ގޭގައި ބަންދުގައި ބެހެއްޓުމަށް އަމުރުކުރައްވާފައިވާއިރު، އެ ގޮތަށް އަމުރުކުރައްވާފައިވަނީ މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައިކަން އިސްވެ ބުނެވުނު އަމުރަށް ބެލުމުން އެނގެންއޮންނަކަމާއި، އިސްތިއުނާފުކުރެވޭ އަމުރުގައި ހަވާލާދީފައިވާ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު MF/162238 "ބަންދުގެ މުއްދަތު އިތުރުކުރުމަށް ހށަހަޅު ފޯމް" ގައި އަޙްމަދު ސުޖީތު އިތުރަށް ބަހައްޓަން ބޭނުންވާ ސަބަބެއްކަމުގައި ބަޔާންކޮށްފައިވަނީ މި މައްސަލައަކީ މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިފައިވާ މައްސަލައަކަށްވާތީ، މީނާ ދޫކޮށްލައިފިނަމަ ނުވަތަ ގޭ ބަންދަށް ބަދަލުކޮށްފިނަމަ އެކަމުގެ ސަބަބުން މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ފެންނާތީ މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުކޮށްފައި ބަހައްޓައިދިނުމަށް އެދިފައިވާކަން އެނގެންއޮންނަކަމެވެ.
(ށ) ދެވަނަ ކަމަކީ، ކުށެއްގެ ތުހުމަތުގައިވާ މީހެއްގެ ބަންދާމެދު ގޮތެއް ނިންމުމުގައި ފަނޑިޔާރު ބަލަންޖެހޭނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގި49 ވަނަ މާއްދާއާއި ޤާނޫނު ނަންބަރ 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު ) 60 ވަނަ މާއްދާގެ (ށ) ގެ 1 ވަނަ ނަންބަރުން ފެށިގެން 4 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ސަބަބުތަކުން ކުރެ ސަބަބެއް އޮތްތޯކަމާއި، އެއިން ސަބަބެއް އޮތްކަން ނުވަތަ ނެތްކަމާމެދު ގޮތެއް ނިންމުމުގެ ބާރު ލިބިދީފައިވަނީ ފަނޑިޔާރަށްކަން ޤާނޫނުއަސާސީގެ 48 ވަނަ މާއްދާގެ (ރ) އަށާއި 49 ވަނަ މާއްދާއަށް ބެލުމުން އެނގެން އޮންނަކަމެ އާ، ޤާނޫނުއަސާސީގެ49 ވަނަ މާއްދާ އާއި ޤާނޫނު ނަންބަރ 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) 60 ވަނަ މާއްދާ (ށ) އަށް ބަލާއިރު، އެމީހަކާމެދު ތުހުމަތުކުރެވިފައިވާ މައްސަލައެއްގެ ހެކި ފޮރުވުމަށް ނުވަތަ ހެކިބަސް ދޭން ހުރި މީހަކަށް ނުފޫޒެއް ފޯރުވުމަށް މަސައްކަތްކޮށްފާނެކަމަށް، ނުވަތަ ކޯޓަށް ހާޒިރު ނުވެދާނެކަމަށް، ނުވަތަ ފިލާފާނެކަމަށް، ނުވަތަ ބަންދުން ދޫކޮށްލައިފިނަމަ މުޖްތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ފަނޑިޔާރަށް ފެނިއްޖެނަމަ، އެމީހަކު ބަންދުގައި ބެހެއްޓުމުގެ އަމުރެއް ނެރުމުގެ ބާރު ފަނޑިޔާރަށް ލިބިގެންވާކަން އެނގެން އޮންނަކަމާއި، ކުށެއްގެ ތުހުމަތުގައި ބަންދުކޮށްފައިވާ މީހަކު ބަންދުކޮށްފައިވަނީ ޤާނޫނާ އެއްގޮތްވާގޮތުގެ މަތިންކަން ނުވަތަ ނޫންކަންކޯޓުން ކަނޑައެޅުމުގައި ކުށުގެ ބާވަތަށާއި، ކުށުގެ ކުޑަބޮޑުމިނަށާއި، ކުށްކޮށްފައިވާ ޙާލަތަށާއި، ކުށްކުރުމުގައި އަނިޔާވެރިކަން ހިމެނޭނަމަ އެކަމަށާއި، އޭނާއާ ދެކޮޅަށް ހުށަހެޅިފައިވާ ހެކީގެ ބުރަދަނަށާއި، އޭނާގެ ކުށުގެ ރެކޯޑަށާއި، ކޯޓަށް ހާޒިރުވުމުގައި ވޭތުވެދިޔަ ތާނގައި ޢަމަލުކޮށު ފައިވާގޮތަށް ރިޢާޔަތްކުރަންވާނެކަމަށ ޤާނޫނު ނަންބަރ 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) 59 ވަނަ މާއްދާގައި ބަޔާންކޮށްފައިވާއިރު، ކުށެއްގެ ތުހުމަތުގައި ބަންދުކޮށްފައިވާ މީހާ ބަންދުކޮށްފް އިވަނ ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިންކަން ނުވަތަ ނޫންކަން ކަނޑައެޅުމުގައި، އޭނާ އެ ކުށް ކުރިކަމަށް ތުހުމަތުކުރެވޭ މިންވަރަށް އެކަށީގެންވާ ހެކި އެ ވަގުތު ނެތްކަމުގައިވިޔަސް، ޤާނޫނު ނަންބަރ 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) 60 ވަނަ މާއްދާގެ (ށ) ގެ 1 ވަނަ ނަންބަރުން ފެށިގެން 4 ވަނަ ނަންބަރުގައި ބަޔާންކުރާ ސަބަބުތަކުގެ ތެރެއިން ސަބަބެއް އޮވެފައި، އޭނާގެ މައްޗަށް އެ މައްސަލައިގައި ތުހުމަތުކުރެވޭ ކޮންމެވެސް މިންވަރެއްގެ ހެކި ހުރެއްޖެނަމަ، އެ ޤާނޫނުގެ 59 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަންކަމަށް ރިޢާޔަތްކޮށް، ބަންދުގައި ބެހެއްޓުމަށް އަމުރުކުރެވިދާނެކަން ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 60 ވަނަ މާއްދާގެ (ބ) އަށް ބެލުމުން އެނގެންއޮންނަކަމެވެ.
(ނ) ތިނވަން ކަމަކީ، އަޙްމަދު ސުޖީތުގެ މައްޗަށް ތުހުމަތުކުރެވޭ މި މައްސަލައަކީ މަސްތުވާތަކެތ ބޭނުނަކޮށް، ގެންގުޅެ،ޓްރެފިކްކުރުމުގެ މައްސަލައެއްކުމަށްވއިރ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ 2011/SC-A/33 ޤަޟިއްޔާގައި، މަނާކުރެވިފައިވާ މަސްތުވާތަކެތިއާއި އޭގެ ބޭނުންކުރުމުގެ ކުށްތަކަކީ، އެ ކުށްތަކުގެ ބާވަތުން މުޖުތަމަޢަށް ލިބެމުންދާ ބޮޑެތި ގެއްލުންތަކަށްޓަކައި، މުޖުތަމަޢަށް ނުރައްކާތެރިކަން ބޮޑު ކުށުގެ ޢަމަލުތަކެއްކަމުގައި ފާހަގަކުރެވިފައިވާ ކުށްތަކެއްކަމަށް ފާހަގަކުރައްވައި، އެ ޤަޟިއްޔާގައި ތުހުމަތުކުރެވުނު ފަރާތް މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުކޮށްފައި ބެހެއްޓުމަށް އަމުރުކުރައްވާފައިވާކަން އެނގެންއޮންނަކަމާއި، އަޙްމަދު ސުޖީތުގެ މައްޗަށް ތުހުމަތުކުރެވޭ މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ، ޓްރެފިކްކުރުމުގެ މައްސަލާގައި ދަށު ކޯޓަށް ހުށަހަޅާފައިވާ ހެކި ޤަރީނާއަށް ބަލާއިރު، މިމައްސަލާގައ މަސްތުވާތަކެތި ފެނިފައިވަނީ މީނާ ލައެ ގެންހުރި ފަޓުލޫނުގެ ޖީބުންނާއި އަދި މީނުގެ އަތުގައި އޮތް ކޮތަޅެއްގެ ތެރެއިންކަމަށްވާއިރ، މީނާގެ ކުޑަކަމުދާ ތަކެތި ތަޙްލީލްކުރުމުން ކެނެބިސް އަދި އެމްޕަޓަމިންއަށް ޕޮޒިޓިވްވެފައިވާކަމަށް އިސްތިއުނާފުކުރެވޭ އަމުރުގައި ހަވާލާދީފައިވާ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރ MF/162238 "ބަންދުގެ މުއްދަތު އިތުރުކުރުމަށް ހުށަހަޅާ ފޯމް" އަށް ބެލުމުން އެނގެންއޮތުމުން، މީނާގެ މައްޗަށް ތުހުމަތު އުފެދޭ މިންވަރގު ހެކި ޤަރީނާ ހުށަހެޅިފައިވާކަން ފާހަގަކުރެވޭކަމާއި، އެހެންކަމުން، މ މައްސަލައިގެ ބާވަތަށާއި، މައްސަލައިގައި ލިބިފައިވާ ހެކި ޤަރީނާގެ މައްޗަށ ބަލާއިރު،މިފަދަ ތުހުމަތެއްގައިވާ ފަރާތީއް ގޭ ބަންދުގައި ނުވަތަ މުޖްތަމަޢުގެ ތެރެއަށަ ދޫވެފައި ހުރުމަކީ ތުހުމަތުކުރެވިފައިވާ ކުށުގެ ޢަމަލު ތަކުރާރުކުރުމުގެ ފުރުޞަތު އޮންނާނެކަމެއްކަން އެނގޭކަމާއި އަދި އެފަދަ މީހަކު މުޖުތަމަޢިގެ ތެރެއަށް ދޫވެދާފަދަ ތަނެއްގައިވެސް ބެހެއްޓުމަކީ އެކަމުގެ ސަބަބުން މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް އޮތްކަމެއްކަމުގައި ޤަބޫލުކުރެވޭކަމާއ، އެހެން ކަމުން މި މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި ފަނޑިޔާރުން ދެކެނީ ކްރިމިނަލް ކޯޓުގެ ނަންބަރު /MD/2017/4355J-145 ކޯޓު އަމުރަށް ބަދަލު ގެންނަންޖެހޭކަމަށާއި، އެހެންނަމަވެސް، އަޙްމަދު ސުޖީތު ގެ މައްޗަށް ތުހުމަތު ކުރެވުނު މައްސަލައިގައި ދަޢުވާކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ކުރިމިނަލް ކޯޓަށް ފޮނުވާފައިވާކަމަށް ދައުލަތުގެ ފަރާތުން ބުނެފައިވާކަން އެނގެން އޮންނާތީ، ކުށުގެ ތުހުމަތު ކުރެވޭ މީހާގެ މައްސަލަ ޝަރީޢަތުގައިވާ މަރުޙަލާގައި ޝަރީޢަތުން އެ މައްސަލައާ މެދު ގޮތެއް ކަނޑައަޅަންދެން އެ މީހަކީ ބަންދުގައި ބަހައްޓަންޖެހޭ މީހެއްކަމަށް ޕްރޮސިކިއުޓަރ ޖެނެރަލަށް ފެނިވަޑައިގަންނަވާނަމަ އެކަން ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ހުށަހަޅަންޖެހެނީ އެމައްސަލައެއް އޮންނަ ކޯޓަކަށްކަމަށެވެ. ޙުކުމް ދެންފަހެ، އިސްވެ ބަޔާންކުރެވުނު ކަންތައްތައް އެގޮތުގެ މަތިން ހުރުމުން، ކްރިމިނަލް ކޯޓުގެ ނަންބަރު J/MD/2017/4355-145 ކޯޓު އަމުރު މިޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓު ގައި ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ބާޠިލުކޮށް، ގދ. ގައްދޫ / ވެސްޓްބީޗް، އަޙްމަދު ސުޖީތު ގެ މައްޗަށް ތުހުމަތުކުރެވިފައިވާ މަސްތުވާތަކެތި ބޭނުންކުރުމާއި، ގެންގުޅުމާއި އަދި ޓްރެފިކްކުރުމުގެ މައްސަލައަކީ ޝަރީޢަތަށް ހުށަހެޅިފައިވާ މައްސަލައެއްކަން ދައުލަތުގެ ފަރާތުން ދައްކާފައިވާ ވާހަކަތަކުން އެނގެން އޮންނާތީ، މި ޤަޟިއްޔާގައި ދިވެހިރާއްޖޭގެ ހައިކޯޓުން ކަނޑައަޅައިފައިވާ އުޞޫލާއެއްގޮތްވާ ގޮތުގެމަތީން، އަޙްމަދު ސުޖީތެގެ ބަންދާމެދު ގޮތިއު ނިންމުމަށްޓަކައައަޙްމަދު ސުޖީތް ގެ މައްޗަށް ތުހުމަތުކުރެވިފައިވާ މިއްސަލަ ހުށަހެޅިފައިވާ ކޯޓަށް ހުށަހެޅުމަށް އަންގައި މ ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި މަޖިލީހުގެ ފަނޑިޔާރުންގެ އިއްތިފާޤުން އަމުރުކޮށްފީމެވެ.
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.