މަރްޔަމް ޝިފާ ވ. މުހައްމަދު އަނީސް
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- ސިވިލް ކޯޓު 2491/Cv-C/2016
- ފަހުގެ ތާރީޚު
- ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް
ކޯ ޓާމްސް
ޚުލާޞާ
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ސުޕްރީމް ކޯޓު 2012/SC-A/30 ގެ ޙުކުމުން ޙަވާލުކުރަން އަމުރުކުރި 'ބެއްލަންވިލާ' ދޯނި އޭގެ ޒާތުގައި ޙަވާލުކުރެވޭނެތޯ ބެލުމުގެ ތަންފީޛީ މައްސަލަ އިސްތިއުނާފީ މަރުޙަލާގައި ކުރިއަށް ދަނިކޮށް، އެ ދޯނީގެ އަގު ކަނޑައަޅައި ސިވިލް ކޯޓުން ކުރި ޙުކުމަކީ ޞައްޙަ ޙުކުމެއްތޯ.
ނިންމުން
ދަށުކޯޓުގެ ނިންމުން ބާޠިލުދަށުކޯޓުގެ ޙުކުމް ބާޠިލު
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 ސުޕްރީމް ކޯޓުގެ ޙުކުމެއް ތަންފީޛުކުރުމާ ގުޅޭ މައްސަލައެއް (ޙުކުމުގައިވާ ތަކެތި އޭގެ ޒާތުގައި ޙަވާލުކުރެވިދާނެތޯ ކަނޑައެޅުމުގެ މައްސަލަ) އިސްތިއުނާފީ މަރުޙަލާގައި ކުރިއަށް ދަނިކޮށް، އެ ތަކެއްޗާ ނުވަތަ އޭގެ ބަދަލާ ގުޅޭ އެއް މައުޟޫޢެއްގައި ދަށުކޯޓުން ތަކެތީގެ އަގު ނުވަތަ ބަދަލު ކަނޑައަޅައި ޙުކުމްކުރުމަކީ ސުޕްރީމް ކޯޓުގެ ނިންމުން ތަންފީޛުކުރުމަށް ހުރަސްއެޅިދާނެ ކަމެއް ކަމަށާއި، ޢަދުލުއިންޞާފު ޤާއިމުކުރުމަށް ހުރަސްއަޅައި ޝަރުޢީ ނިޒާމަށް އޮންނަ އިތުބާރަށް އަސަރުކުރާނެ ކަމެއް ކަމަށް؛ އެފަދަ ޙުކުމަކީ ސުޕްރީމް ކޯޓު 2016/SC-A/20 ގެ ނިންމުމަށް ރިޢާޔަތްކޮށް ބާޠިލުކުރަންޖެހޭ ޙުކުމެއް ކަމަށް.
HN2 ދެ މައްސަލައެއްގެ މައުޟޫޢު އެއްކަން ކަނޑައަޅަން ބަލަނީ ދެ މައްސަލައިގައި ނިންމަންޖެހޭ މައިގަނޑު ކަމަށް ކަމަށާއި، ތަންފީޛީ މައްސަލައާއި އަގު ހޯދުމުގެ މައްސަލަ ދެކޮޅުވެސް 'ބެއްލަންވިލާ' ދޯނި ނުވަތަ އެ ދޯނީގެ ބަދަލާ ގުޅޭ ހަމަ އެއް މައުޟޫޢެއް ކަމަށް ފާހަގަކުރި.
ވަކީލުންނާއި ފަނޑިޔާރުން
- ވަކީލުން
- —
- ބެންޗު
- ޢަބްދުއްރައޫފު އިބްރާހީމް، ޢަލީ ސަމީރު، ޙުސައިން މަޒީދު
- ރިޔާސަތު
- —
- ރައުޔު ލިޔުނު ފަނޑިޔާރު
- ޢަބްދުއްރައޫފު އިބްރާހީމް · ތާއީދުކުރެއްވީ: ޢަލީ ސަމީރު، ޙުސައިން މަޒީދު
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
1އަޙްމަދު ޝިޔާމް، […]
5އާމިނަތު އަޝްފާ، […]
6މަރްޔަމް ޝިފާ، […]
3ޢަލީ ޝިޔާމް، […]
0. ޙަސަން ޝިޔާމް، […] މައްސަލައިގެ ބާވަތް: އެއްބަސްވުމާމެދު ޚިލާފް އުފެދިގެން ހުށަހަޅާ މައްސަލަ މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް: ފަނޑިޔާރު ޙުސައިން މަޒީދު ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް ފަނޑިޔާރު ޢަލީ ސަމީރު 20 ޛުލްޤަޢިދާ 3113 ނިމުނު ތާރީޚް: 33 ޝައްވާލް 3113 ހައިކޯޓުގައި ޤަޟިއްޔާ ރަޖިސްޓްރީ ކުރެވުނު ތާރީޚް: - އިސްތިއުނާފުކުރެވުނު މައްސަލަ: ނަންބަރު: 6C/201-/Cv4912 ނިންމި ތަން: ސިވިލް ކޯޓު ބާވަތް: އެއްބަސްވުމާމެދު ޚިލާފް އުފެދިގެން ހުށަހަޅާ މައްސަލަ ހުށަހެޅުނު ތާރީޚް: 31 ނޮވެންބަރު 3236 ނިމުނު ތާރީޚް: 30 ސެޕްޓެންބަރު 3233 ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމގް ރައުޔު: މި ރައުޔަށް ފަނޑިޔާރު ޢަލީ ސަމީރު އާއި ފަނޑިޔާރު ޙުސައިން މަޒީދު ތާއީދުކުރެއެވެ. ދަޢުވާގެ ޚުލާޞާ:
3. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2018/HC-A/91 ޤަޟިއްޔާއަކީ، ސިވިލް ކޯޓުގެ ނަންބަރު 6C/201-/Cv4912 ޤަޟިއްޔާ އެކޯޓުން ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި ޚިލާފަށްކަމަށް ބުނެ، […] މަރްޔަމް ޝިފގާ ފަރާތުން ދިވެހިރާއްޖޭގެ ހައިކޓުގައޯ އިސްތިއުނާފުކުރުމުން ބެލި ޤަޟިއްޔާއެވެ. މި ޤަޟިއްޔާގައި، އިސްތިއުނާފުރައްދުވާ ފަރާތަކީ ދަފްތަރު ނަންބަރު 1022، މުޙައްމަދު އަނީސް އެވެ.
3. ބުނެވިދިޔަ ސިވިލް ކޯޓުގެ ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވާ ގޮތާމެދު ހިތްހަމަނުޖެހިގެން، މުޙައްމަދު އަނީސްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އެ މައްސަލަ އިސްތިއުނާފުކުރުމުން މިކޯޓުގައި ރަޖިސްޓްރީކުރެވުނު ނަންބަރު 2018/HC-A/87 ޤަޟިއްޔާ 35 މޭ 3233 ތާރީޚުގައި މިކޯޓުން ބާޠިލްކުރުމުން އެ މައްސަލަ ދެވަނަ ފަހަރަށް މުޙައްމަދު އަނީސްގެ ފަރާތުން ހުށަހެޅުމުން މިކޯޓުގެ ނަންބަރު 2021/HC-A/177 ޤަޟިއްޔާގައި ބަލާފައިވެއެވެ. އަދި މި ޤަޟިއްޔާގައި، އިސްތިއުނާފު ރައްދުވާ ފަރާތްތަކަކީ ކ.މާލެ، […] ފާޠިމަތު ފަރީދާ، ކ.މާލެ، […] މުޙައްމަދާ ޝަވީދު، ކ.މާލެ، […] ޚައުލަތު ފަހީމް، ކ.މާލެ، […] އަޙްމަދު ޝިޔާމް، ކ.މާލެ، […] އާމިނަތު އަޝްފާ، ކ.މާލެ، […] މަރްޔަމް ޝިފާ އަދި ކ.މާލެ، […] ޢަލީ ޝިޔާމް (މީގެ ފަހުން "އިސްތިއުނާފު ރައްދުވާ ފަރާތްތައް" ކަމަށް ބުނެފައިވާ ފަރާތްތައް) އެވެ.
2. ސިވިލް ކޯޓުގެ ނަންބަރު 2491/Cv-C/2016 ޤަޟިއްޔާ ނިންމާފައިވާ ގޮތާމެދު އެޤަޟިއްޔާގައި ދަޢުވާކުރި މުޙައްމަދު އަނީސްގެ ފަރާތުންނާއި އަދި އެޤަޟިއްޔާގައި ދަޢުވާލިބުނު މީހުންގެ ތެރެއިން މަރްޔަމް ޝިފާގެ ފަރާތުން އެޤަޟިއްޔާ އިސްތިއުނާފުކުރުމަށް ހުށަހަޅާފައިވާތީ އެޤަޟިއްޔާ ބެލުނު މިކޯޓުގެ ނަންބަރު 2018/HC-A/91 ޤަޟިއްޔާއާއި، ނަންބަރު 717A/-/HC2021 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތް އެއްރިޕޯޓެއްގ ގޮތުގައެ ލިޔުން ބޭނުންތެރިކަމެއްކަމަށް ފެންނާތީ އެދެޤަޟިއްޔާގައި ފާހަގަ ކުރެވުނު ކަންކަން ތިރީގައި ބަޔާންކޮށްފައިއެވަނީއެވެ. ސިވިލް ކޯޓުގެ ނަންބަރު 2491/Cv-C/2016 ޤަޟިއްޔާގައި ހުށަހެޅި ދަޢުވާ:
1. އިސްތިއުނާފު ކޮށްފައިވާ ސިވިލް ކޯޓުގެ ނަންބަރު 2491/Cv-C/2016 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށް ބެލިއިރު، […] ފާޠިމަތު ފަރީދާ އާއި، […] މުޙައްމަދާ ޝަވީދާއި، ސ.މަރަދޫފޭދޫ/ފަހާގެ ޙައުލަތު ފަހީމް އާއި، […] އަޙްމަދު ޝިޔާމާއި އެގޭ އާމިނަތު އަޝްފާއާއި، މަރްޔަމް ޝިފާއާއި، ޢަލ ޝިޔާމާއި، ޙަސަން ޝިޔާމްގެ މައްޗަށް ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުގެ ނަންބަރު 2012/SC-A/30 ޤަޟިއްޔާގެ ޙުކުމުން 22 ދުވަހުގެ ތެރޭގައި މުޙައްމަދު އަނީސްއާ ޙަވާލުކުރުމަށް އަމުރުކޮށްފައިވާ ރަޖިސްޓްރީ ނަންބަރު 04 10T-P5001A "ބެއްލަންވިލާ" އެވެ ކިޔާ ދޯނި ވުޖޫދުގައި ނުވާކަމަށް ދަޢުވާލިބޭ ފަރާތްތަކނު އިޤްރާރުވެފައިވާތީ، ދޯންޏާ ގުޅިގެން އަގު ކަނޑައެޅުމުގެ އިޚްތިޔާރު ލިބިގެންވަނީ އެ އުޅަނދުގެ މިލްކްވެރި ފަރާތަށްކަން އެގޭ ޤާނޫނީ ޤާޢިދާއެއް ކަމުގއިވަ (Arbitrio domini res aestimari debet) އިން އެނގެން އޮންނާތީއާއި އެދޯނި ކަނޑުފައްތާފައިވަނީ ދަޢުވާލިބޭ ފަރާތްތަކުގެ އިހްމާލުން ކަމަށްވެފައި އެކަމުގެ ޒިންމާ ދަޢުވާލިބޭ ފަރާތްތަކުން އުފުލަންޖެހޭކަނ ޝަރީޢަތަށް ސާބިތުވެފައިވާތީ ސިވިލް ކޯޓުގެ ނަންބަރު C/2016-Cv568/ ޤަޟިއްޔާގެ ޙުކުމުން މުޙައްމަދު އަނީސަށް މިހާރު ޙައްޤުވެގެންވަނީ އެއުޅަނދުގެ އަގުގެ މިންވަރު ކަމަށް އެޙުކުމުގެ ނައްޞުން އެނގެން އޮތުމާއެކު، އެދޯނީގެ ބަދަލުގައި އެފަދަ ދޯންޏެއް ނުވަތަ ދޯންޏެއްގެ އަގު ދަޢުވާލިބޭ 20 މީހުން މުޙައްމަދު އަނީސަށް ދައްކަންޖެހޭކަމަށް ވީހިނދު، މިހާރު ރާއްޖޭގެ ބާޒާރުން އެފަދަ އުޅަނދެއް ލިބެންއޮތް އަގަކީ 2،222،222.22 ރ (ތިންމިލިއަން ރުފިޔާ) އާއި 2،522،222.22 ރ (ތިންމިލިއަން ފަސްލައްކަ ރުފިޔާ) އާ ދެމެދުގެ އަގެއްގައި ކަމުގައިވާތީ، ޝަރީޢަތް މެދުވެރިކޮށް މިއަގުތަކުގެ ތެރެއިން 2،222،222.22 ރ (ތ ންމިލިއަން ރުފިޔާ) ލިބިގަތުމަށް އެދި […] ފާޠިމަތު ފަރީދާއާއި، އެގޭ މުޙައްމަދު ޝަވީދު އާއި، ސ.މަރަދޫފޭދޫ / ފަހާގެ ޙައުލަތު ފަހީމާއި، […] އަޙްމަދު ޝިޔާމާއި އެގޭ އާމިނަތު އަޝްފާއާއި، އެގޭ މަރްޔަމް ޝިފާއާއި، ޢަލީ ޝިޔާމާއި،ޙަސަން ޝިޔާމްގ މައްޗަށ މުޙައްމަދު އަނީސް ދަޢުވާކުރުމުން ބަލާފައިވާ ޤަޟިއްޔާއެއްކަން އެނގެއެވެ. ސިވިލް ކޯޓުން ނިންމިގޮތް:
5އެޤަޟިއްޔާގައި ޙުކުމްކޮށްފައިވަނީ، ''ދެންފަހެ، އިސްވެފާހަގަކުރެވުނު ނުކުތާތަކަށާއި ހުށަހެޅިފައިވާ ބަޔާންތަކާއި ލިޔުންތަކުގެ މައްޗަށް ރިޢާޔަތްކޮށް ބަލާއިރު ރަޖިސްޓްރީ ނަންބަރ 04 10T-P5001A ބެއްލަންވިލާ ނަމަކަށް ކިޔާދޯންޏަކީ ދަފްތަރު ނަންބަރު 1022 މުޙައްމަދު އަނީސްގެ ނަމުގައި ރަޖިސްޓްރީ ކުރެވިފައިވާ އުޅަނދެއްކަމާއި، ރަޖިސްޓްރީ ނަންބަރު 04 10T-P5001A ބެއްލަންވިލާ ނަމަކަށް ކިޔާދޯނި އޭރު އޮތް ޙާލަތުގައި 2015/07/23 ވަނަ ދުވަހުން ފެށިގެން 22 ދުވަހުގެ ތެރޭގައި މުޙައްމަދު އަނީސް އާއި، ޙަވާލުކުރުމަށް […] ފާޠިމަތު ފަރީދާ އާއި، […] މުޙައްމަދު ޝަވީދު އާއި، ފަހާގެ ފަހީމް އާއި، […] އަޙްމަދު ޝިޔާމް އާއި […] އާމިނަތު އަޝްފާ އާއި، […] މަރްޔަމް ޝިފާ އާއި، […] ޢަލީ ޝިޔާމް އާއި، […] ޙަސަން ޝިޔާމްގެ މައްޗަށް ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ނަންބަރު 2012/SC-A/30 ޤަޟިއްޔާއިން ކޮށްފައިވާ ޙުކުމާއި އެއްގޮތަށް ދަޢުވާލިބޭ ފަރާތްތަކުން މުޙައްމަދު އަނީސްއާއި އުޅަނދު ޙަވާލުކޮށްފައިނުވާކަމާއި، އަދި މިއުޅަނދަކީ މިހާރު ކަނޑުގެ އަޑިއަށް ފެތިފައިވާ އުޅަދެއް ކަމުން ބަޔާންވެދިޔަ ޙުކުމާއި އެއްގޮތަށް ޙަވާލުކުރެވެނ އޮތް އުޅަނދެއް ނޫންކަން ދަޢުވާލިބޭ ފަރާތްތަކުގެ ބަހުންނާއި ހުށަހެޅިފައިވާ ލިޔުންތަކުން އެނގެން އޮތުމާއިއެކު މިއުޅަނދުގ އަގެއްގެ ގޮތުގައެ އވަރުގެ އެހެނެ އުޅަނދެއް މިހާރު ގަންނަން ލިބޭ އަގެއްކަމަށ ބަޔާންކޮށް މުޙައްމަދް އަނީސްގެ ފަރާތުން މިއުޅަނދުގެ އަގެއްގެ ގޮތުގައި ހޯދުމަށް މި ޤަޟިއްޔާގައި އެދިފައިވަނީ 2،222،222.22ރ(ތިންމިލިއަން ރުފިޔާ) ކަމަށްވީއިރު، އެއަގު ދިނުމަށް ދަޢުވާލިބޭ ފަރާތްތަކުން އ ންކާރު ކޮށްފައިވާތީ ޝަރީޢަތުގެ ފަރާތުން އުޅަނދުގެ އަގެއް ކަނޑައަޅަންޖެހޭ ހިނދު މިއުޅަނދުގެ އަގެއް ކަނޑައެޅުމަށްޓަކައި ޝަރުޢީ އަގު ކޮމެޓީއަށް ފޮނުވުމުން މިއުޅަނދުގެ އަގެއްކަމުގައި އެކޮމެޓީން ކަނޑައަޅުއްވާފައިވާ އަގަކީ 333،222.22ރ (ދެލައްކަހަތްދިހަ ނުވަހާސް ރުފިޔާ) ކަމުން މިއުޅަނދުގެ ޝަރުޢީ އަގަކީ 333،222.22 ރ (ދެލައްކަހަތްދިހަ ނުވަހާސް ރުފިޔާ) ކަމަށ ކަނޑައަޅައި މިއަގަކީ ދަޢުވާލިބޭ […] ފާޠިމަތު ފަރީދާ އާއި، […] މުޙައްމަދާ ޝަވީދު އާއި، ފަހާގ ފަހީމް އާއި، […] އަޙްމް ދ ޝިޔާމް އާއި […] އާމިނަތު އަޝްފާ އާއި، […] މަރްޔަމް ޝިފާ އާއި، […] ޢަލީ ޝިޔާމް އާއި، […] ޙަސަން ޝިޔާމްގެ ފަރާތުނ ދަފްތަރު ނަންބަރ 1022މުޙައްމަދު އަނީސްއަށް ދޭންޖެހޭ ފައިސާއެއްކަން ހުށަހެޅިފައިވާ ލިޔުންތަކުން ޝަރީޢަތަށް ސާބތުވެއްޖ ކަމަށެ ކަނޑައަޅައް މިފައިސާ މުޙައްމަދު އަނީސްއަށް ލިބިދިނުމުގެ ގޮތުނ 30 ސެޕްޓެމްބަރ 3233 މިދުވަހުނ ފެށިގެން މީލާދާ23 (އެކެއް) މަސްދުވަހުގެ ތެރޭގައި މިފައިސ 333،222.22 ރ (ދެލައްކަހަތްދިހަ ނުވަހާސް ރުފިޔާ) ސިވިލްކޯޓަށް ދައްކާ ޚަލާޞް ކުރުމަށް ދަޢް ވާލިބޭ […] ފާޠިމަތު ފަރީދާ އާއި، […] މުޙައްމަދާ ޝަވީދު އާއި، ފަހާގެ ފަހީމް އާއި، […] އަޙްމަދު ޝިޔާމް އާއި […] އާމިނަތު އަޝްފާއާއި، […] މަރްޔަމް ޝިފާ އާއި، […] ޢަލީ ޝިޔާމް އާއި، […] ޙަސަން ޝިޔާމްއަށް އަންގައި ޙުކުމްކޮށްފީމެވެ." މިފަދައިންނެވެ.
6ސިވިލް ކޯޓުގެ ނަންބަރު 2491/Cv-C/2016 ޤަޟިއްޔާގައި އިސްތިއުނާފުކުރުމަށް މަރްޔަމް ޝިފާގެ ހުށަހެޅި ނުކުތާ: މަތީ މަރުޙަލާގެ ކޯޓެއްގައި ބައްލަވަމުންދ މައްސަލައިގާ މަޢުޟޫއާ އެއްގޮތް އަދި އެ މައްސަލައަށް އަސަރުކުރާނެ ފަދަ ޙުކުމެއް ދަށު ކޯޓުން ބެއްލެވުމަކީ ޝަރީޢަތް ކުރުމުގެ ހަމަތަކާއި ޚިލާފުކަމެއް ކަމަށްވާއިރު، ދިވެހިރާއްޖެގެ ސުޕްރީމް ކޯޓަށް ހުށަހަޅައި، އެކޯޓުގެ ނަންބަރ 2016/SC-A/20 ޤަޟިއްޔާއިން ބައްލަވާ ގޮތަށް ހަމަޖެހިފައިވާ މައްސަލައާއި އިސްތިއުނާފުކުރެވޭ މައްސަލައިގެ މަޢުޟޫ އަދި ދެ މައްސަލައިގެ ނަތީޖާއަކީ އެއް ނަތީޖާއެއް ކަމަށް ފާހަގަކޮށް ހުށަހަޅާފައިވާ ނުކުތާއަށް ރިޢާޔަތް ކުރެއްވުމެއް ނެތި، މައްސަލަ ނިންމާފައިވަނީ ޝަރީޢަތް ކުރުމުގެ ހަމަތަކާއި ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާ އެވެ.
3. ސިވިލް ކޯޓުގެ ނަންބަރ 2491/Cv-C/2016 ޤަޟިއްޔާގައި އިސްތިއުނާފުކުރުމަށް މުޙައްމަދު އަނީސްގެ ފަރާތުން ހުށަހެޅި ނުކުތާތައް:
3.3ސިވިލ ކޯޓުގް ނަންބަރު 2491/Cv-C/2016 ޤަޟިއްޔާގައި ދަޢުވާލިބޭފަރާތުން އެދޯނި ކަނޑުފައްތާފައިވާކަމަށް ބުނެފައިވާއިރު އެމައްސަލަ ހިގާފައިވާ ތާރީޚާ އެކަން ހިނގިގޮތާ ގުޅޭގޮތުން މިމައްސަލަ ނިންމުމުގައި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ރިޕޯޓު ހޯދާފައިނުވާ ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
3.3މަދަނީ ކޯޓުގެ ނަންބަރު 352/MC/2008 ޤަޟިއްޔާގައި އެދޯންޏަކީ 3226 ވަނައަހަރު މިދަޢުވާލިބުނު 20 މީހުން އެދޯންޏާއި ޙަވާލުވިއިރުވެސް އެދޯނީގެ ބޭނުންކުރެވޭފަދަ ރަނިންކަންޑިޝަންގައި އޭރު އޮތް ދޯންޏެއްކަމަށް އެ ޙުކުމުގައި ކަނޑައަޅާފައިވީހިނދު، އެކަމަށް ރިޢާޔަތްކޮށްފައި ނުވާ ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
3.2ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-A/30 ޤަޟިއްޔާ ހިނގަމުން ދިޔައިރުވެސް އެ އުޅަނދަކީ ކަނޑުއަޑިއަށް ފައްތާފައިވާ އުޅަނދެކަމަށް ދަޢުވާލިބޭ ފަރާތްތަކުން ބުނެފައި ނުވާހިނދު، އޭގެ 3 މަސްދުވަސް ފަހުން އެދޯނި ކަނޑުފައްތާފައިވާކަމަށް ދަޢުވާލިބޭފަރާތްތަކުން ޝަރީޢަތުގައި ބުނެފައިވާ ބުނުމަށް ބައްލަވާ އެފންވަރުގ ދޯންޏެއްގެ އަގެ ނަންގަވައިދެއްވާފައި ނުވާކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
3.1ސުޕްރީމް ކޯޓުގް ނަންބަރު 2012/SC-A/20 ޤަޟިއްޔާ ނިމުނުގޮތުގެ ރިޕޯޓުގައި ފާހަގަކުރެވުނު
(ނ) ގެ މަފުހޫމާ ތަޢާރަޟްވާގޮތަށ މައްސަލް ނިންމާފައިވަ ކމަށ ބުން ފާހަގަކުރި ނުކުތަ އެވެ.
3.5ޤާނޫނު އަސާސީގެ 12 ވަނަ މާއްދާގެ (ށ) ގައި ބުނެފައިވާ ޢަދުލުވެރި ބަދަލު މުދަލުގެ ވެރިފަރާތަށް ނަގާދީފައިނުވ ކަމަށާ ބުން ފާހަގަކުރި ނުކުތާއެވެ.
3.6 މިޤަޟިއްޔާގައިވާ ދޯންޏަކީ ވުޖޫދުގައި ނުވާ އެއްޗެއް ކަމަށް ބުނެފައިވާތީ، އޭގެއަގު ޝަރުޢީ އަގުކޮމެޓީން ބަލަންޖެހޭފަދަ މޭންޑޭޓެއް އެކޮމިޓީއާއި މަތިކޮށްފައިނުވާކަނ ސުޕްރީމް ކޯޓުން އެކަށައަޅާފައިވާ އަގުކުރުމާބެހޭ ޤަވާއިދަށް ބެލުމުންއެނގޭ ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
0. ސިވިލް ކޯޓުގެ ނަންބަރު 2491/Cv-C/2016 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށާއި، އެޤަޟިއްޔާ އިސްތިއުނާފު ކުރުމަށް މަރްޔަމް ޝިފާގެ ފަރާތުންނާއި މުޙައްމަދު އަނީސްގެ ފަރާތުން ހުށަހެޅި ނުކުތާތަކަށާއި އަދި އެނުކުތާތަކާ ގުޅޭ ގޮތުން އެދެފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކައަށާއި، މައްސަލައާއި ގުޅުންހުރި ލިޔުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް ޝަރީޢަތަށް ފާހަގަ ކުރެވެއެވެ. މައްސަލައިގައި ކަން ހިގާފައިވާގޮތް:
3. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2003/HC-A/127 ޤަޟިއްޔާއިން މަދަނީ ކޯޓުގެ ނަންބަރު 680/MC/2002 ޤަޟިއްޔާގެ ޙުކުމް ބާޠިލުކޮށް، ވާލީ ބްރަދަރސް ޕްރައިވެޓް ލިމިޓެޑްއާއި ތްރީއޭ ކޮމްޕެނީގެ ހުރިހާ މުދަލާއި ޙައްޤުތައް ބަހައިދޭންޖެހޭނ ކަމަށެ ނިންމް ނިންމުނި ތަންފީޒީ ކުރުމުގު ގޮތުން މަދަނީ ކޯޓުގެ ނަންބަރު 462/MC/2004 ޤަޟިއްޔާ ހިންގުންނެވެ. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު:2003/HC-A/127 ޤަޟިއްޔާގެ ޙުކުމުން ކުންފުންޏާބެހޭ ޤާނޫނު ތަޠުބީޤު ކުރުމުގައި ކުށެއް ހެދިފައިވާތީ، ހައިކޯޓުގެ އެޤަޟިއްޔާގައި ބިނާކޮށްފައިވާ ޤާނޫނީ އުޞޫލަކީ ބާޠިލު އުޞޫލެއްކަމަށް ދިވެހިރާއްޖޭގެސުޕްރީމ ކޯޓުގް ނަންބަރު: 2017/SC-A/39 (މުޙައްމަދު ޝަވީދު ވ. މުޙައްމަދު ލަޠީފު) ޤަޟިއްޔާއިން ކަނޑައަޅައި، ހައިކޯޓުގެ ބަޔާންވެދިޔަ ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލު އެހެން ޤަޟިއްޔާތަކުގައި ތަޠުބީޤު ނުކުރެވޭނެ ކަމަށް ނިންމާފައިވެއެވެ.
32.މަދަނީ ކޯޓުގެ ނަންބަރު: 462/MC/2004 ޤަޟިއްޔާ ނިންމިއިރު، އިސްތިއުނާފރައްދުވު މުޙައްމަދު އަނީސްގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ ނަންބަރު: 04 10T-P5001A "ބެއްލަންވިލާ" އެވެ ކިޔާ ދޯނީ އޮތީ، އަލްމަރުޙޫމް މޫސާ ފަހީމްގެ ވާރިޘުންނަށް ލިބުނު، ކ.އެރިއަދޫ އައިލެންޑް ރިސޯޓާއި އދ.ވިލަމެންދޫ އައިލެންޑް ރިސޯޓުގައި ބޭނުންކުރުމަށް ކުންފުޏަ ށ ދޫކޮށްފައި ކަމަށް މުޙައްމަދު އަނީސް ބުނެފައިވެއެވެ. އަދި އެދޯނީގެ ކުލި ހޯދުމަށް މުޙައްމަދު އަނީސްގެ ފަރާތުން މަދަނީ ކޯޓަށް ހުށަހަޅައި އެކޯޓުގެ ނަންބަރު 352/MC/2008ޤަޟިއްޔާއިން "ބެންލަންވިލާ" ދޯނީގެ ކުލި މަހަކު -/6222ރ (ހަހާސް) ރުފިޔާގެ ރޭޓުން 23 ޖޫން 3226 ދުވަހުންފެށިގެން 22 އޮގަސްޓް 3223 ނިޔަލަށް ހިގާފައިވާ 20 މަހާއި 33 ދުވަހަށް ނަގައިދީފައި ވެއެވެ. އަދި ދަޢުވާގައި ހިމެނޭ "ބެންލަންވިލާ" އެވެ ކިޔާ ދޯނި 33 އޮގަސްޓް 3223 އިން ފެށިގެން މީލާދީ 23 މަސްދުވަހުގެ ތެރޭގައި މުޙައްމަދު އަނީސްއ ޙަވާލާ ކުރުމަށު އަންގާފައި ވެއެވެ.
33.މަދަނީ ކޯޓަށް ހުށަހަޅައި އެކޯޓުގެ ނަންބަރު 352/MC/2008 ޤަޟިއްޔާގެ ޙުކުމާމެދު ހިތް ހަމަ ނުޖެހިގެން […] މުޙައްމަދު ޝަވީދުގެ ފަރާތުން އެޙުކުމް ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފް ކުރިއެވެ. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2009/HC-A/319 ޤަޟިއްޔާ ގައި އެމައްސަލަ ބަލައި ޙުކުމް ކޮށްފައިވަނީ، މަދަނީ ކޯޓުގެ ނަންބަރު 352/MC/2008 ޤަޟިއްޔާގެ ޙުކުމަށް ބަދަލު ގެންނަންޖެހޭ ހަމައެއް ނެތްކަމަށް ކަނޑައަޅައި އެޙުކުމަށް ތާޢީދުކޮށެވެ. ހައިކޯޓުގެ ނިންމުމާމެދު ހިތްހަމަ ނުޖެހިގެން، އެނިންމުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި […] މުޙައްމަދު ޝަވީދު އިލްތިމާސްކުރިއެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-A/30 ޤަޟިއްޔާއިން އެމައްސަލަ ބަލައި ޙުކުމުގައި ބަޔާން ކޮށްފައިވަނީ؛ ސުޕްރީމް ކޯޓުގެ 2012/SC-A/30 ޤަޟިއްޔާގެ ފާހަގަ ކުރެވުނު ނުކުތާތަކުގެ (ރ). މަދަނީ ކޯޓުގެ ނަންބަރު:352/MC/2008 ޤަޟިއްޔާގެ ޙުކުމުން. "އިސްވެދިޔަ ސަބަބުތަކާއި ފާހަގަކުރެވުނު ނުކުތާތަކުގެ މައްޗަށް ރިޢާޔަތްކޮށް ބެލުމުން، މަދަނީ ކޯޓުގެ ނަންބަރ 352/MC/2008 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމާއި އަދި ދިވެހިރާއްޖޭގެ ހައިކޯޓުން ސިވިލް ކޯޓުގެ ބުނެވުނު ޤަޟިއްޔާ އިސްތިއުނާފުކޮށް ބެއްލެވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2009/HC-A/319 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމް، ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތް ނުވާކަން އެނގެން އޮންނާތީ، މަދަނީ ކޯޓުގެ ނަންބަރު 352/MC/2008 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމާއި އަދި ދިވެހިރާއްޖޭގެ ހައިކޯޓުން މަދަނީ ކޯޓުގެ މިބުނެވުނު ޤަޟިއްޔާ އިސްތިއުނާފުކޮށް ބެއްލެވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2009/HC-A/319 ޤަޟިއްޔާގައި ކުރައްވާފަ އިވާ ޙުކުމް ބާޠިލް ކަމަށާއި މަދަނީ ކޯޓުގެ ނަންބަރު 352/MC/2008 ޤަޟިއްޔާގެ ދަޢުވާގައި ބުނާ ރަޖިސްޓްރީ ނަންބަރު 02 10T-P5002 A "އޭ އޭ އޭ 32" ލާންޗ އަކު މަދަނީ ކޯޓުގެ ނަންބަރު 462/MC/2004 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމުގެ ބާރުން އަލްމަރުޙޫމް މޫސާ ފަހީމްގެ ވާރިޘުންނަށް މިލްކުވެފައިވާ އުޅަނދެއްކަނ އެނގެން އޮވެފައި، މަދަނީ ކޯޓުގެ ނަންބަރު 462/MC/2004 ޤަޟިއްޔާއަކީ އިސްތިއުނާފުކުރެވިފައިވާ ޤަޟިއްޔާއަކަށް ނުވުމުން އެޤަޟިއްޔާގެ ޙުކުމަކީ އިސްތިޤުރާރުވެ، މައުޖޫދަވެ ދެމިއޮތް ޙުކުމެއްކަން އެނގެން އޮންނާތީ އެ ޤަޟިއްޔާގެ ޙުކުމަށާއި ޤާނޫނާ ނަންބަރު 3232/33 (ދިވެހިރާއްޖޭގ ކޯޓުތަކުގެ ޤާނޫނު)ގެ 33 ވަނަ މާއްދާއަށް ރިޢާޔަތްކޮށް މަދަނީ ކޯޓުގެ ނަންބަރު 352/MC/2008 ޤަޟިއްޔާގެ ދަޢުވާގައި މުޙައްމަދު އަނީސް އެދިފައިވާ ގޮތުގެމަތިން ބުނެވުނު އުޅަނދުގެ ކލުގ ގޮތުގައެ ދަޢުވާކޮށްފައިވާ ފައިސާއާއި އަދި އެއުޅަނދު، މަދަނީ ކޯޓުގެ ނަންބަރު 352/MC/2008 ޤަޟިއްޔާގައި ދަޢުވާ ލިބޭ ފަރާތްތަކުގެ ނުރުހުމުގައި ޝަރީޢަތުގެ ފަރާތުން މުޙައްމަދު އަނީސްއަށް ލިބިދުމަށް އަންގާނެ ތަނެއް ނެތްކަމަށާއި،އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގެ 6 ވަނަ ނަންބަރުގެ ރ، ބ، ޅ، ކ، އ، ވ، މިއަކުރުތަކުގެ ދަށުން ފާހަގަ ކުރެވިފައިވާ ސަބަބުތައް އެގޮތުގެމަތިން ހުރުމާއެކު މަދަނީ ކޯޓުގެ ނަންބަރު 352/MC/2008 ޤަޟިއްޔާގެ ދަޢުވާގައި ބުނާ ރަޖިސްޓްރީ ނަންބަރު -P5001A 04 10T "ބެއްލަންވިލާ" އެވެ ކިޔާ ދޯނީގެ ކުލީގެ ގޮތުގައި ދަޢުވާކޮށްފައިވާ އެއް ވެސް ފައިސާއެއް، ނުވަތަ އެ އުޅަނދަށް މިޘްލީ ކުއްޔެއް ކަނޑައަޅައިގެން އެފަދަ މިޘްލީ ކުއްޔެއް ވިއަސް މަދަނީ ކޯޓުގެ ނަންބަރު 352/MC/2008 ޤަޟިއްޔާގައި ދަޢުވާ ލިބުނު ފަރާތްތަކުގެ ކިބައިން މުޙައްމަދު އަނީސްއަށް ލިބިދިނުމަށް އެފަރާތްތަކުގެ މައްޗަށް އަންގާނެތަނެއް ނެތްކަމަށް ކަނޑައެޅުމާއެކު މުޙައްމަދު އަނީސްގެ ފަރާތުން "ބެއްލަންވިލާ" އެވެ ކިޔާ މިބުނެވުނު ދޯނި ގެންދިއުމަށް މަދަނީ ކޯޓުގެ ނަންބަރު 352/MC/2008 ޤަޟިއްޔާގައި ދަޢުވާލިބުނު ފަރާތްތަކުން އެއްވެސް އިޢުތިރާޟެއް ކޮށްފައިނުވާތީއާއި މަދަނީ ކޯޓުގެ ނަންބަރު /2004462/MC ޤަޟިއްޔާގެ ދަށުން މަރުޙޫމް މޫސާ ފަހީމްގެ ވާރިޘުންނަށް ލިބުނު އެރިއަދޫ އައިލެންޑް ރިސޯޓުގައި ބުނެވުނު "ބެއްލަންވިލާ" އެވެ ކިޔާ ދޯނި ހުންނަ ހުރުމުގައި މަރްޙޫމް މޫސާ ފަހީމްގ ވާރިޘުންގެ ފަރާތުން އެއުޅަނދަށް ޤަޞްދުގައި އެއްވެސް ގެއްލުމެއް ދީފައިވާކަން ނުވަތަ އެއުޅަނދުގެ އެއްވެސް ބަޔަކަށް ބަދަލުގެނެސްފައިވާކަން އެނގެން ނެތަތީ، ރަޖިސްޓްރީ ނަންބަރު 04 10T-P5001A ގެ "ބެއްލަންވިލާ" އެވެ ކިޔާ ދޯނި މިހާރު އޮތް ޙާލަތުގައި، މިއަދުން (32/23/3235 އިން) ފެށިގެން 22 (ތިރީސް) ދުވަސްތެރޭގައި މުޙައްމަދު އަނީސްއާ ޙަވާލުކުރުމަށް މަދަނީ ކޯޓުގެ ނަންބަރު 352/MC/2008 ޤަޟިއްޔާގައި ދަޢުވާ ލިބުނު […] ފާޠިމަތު ފަރީދު، މުޙައްމަދު ޝަވީދު، ޙައުލަތު ފަހީމް، އަޙްމަދު ޝިޔާމް، އާމިނަތު އަޝްފާ، މަރްޔަމް ޝިފާ، އަލީ ޝިޔާމް، އަދި ޙަސަން ޝިޔާމް އާ މި 20 (އަށެއް) މީހުންނަށް އަންގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން މި މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ބަޔާންކުރެވި ދިޔަ ގޮތުގެމަތިން ޙުކުމްކޮށްފީމެވެ."
33.ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-A/30 ޤަޟިއްޔާގެ ޙުކުމް ކުރުމާ ގުޅިގެން، ސިވިލް ކޯޓުގެ އަމިއްލަ އިސްނެގުމުގެ މަތިން، އެޤަޟިއްޔާގެ ޙުކުމުން ތަންފީޛު ކުރަންޖެހޭ ބައި ތަންފީޛު ކުރުމުގެ މައްސަލައެއް ސިވިލް ކޯޓުގެ ނަންބަރ 1552/Cv-C/2015 ޤަޟިއްޔާއިން ކުރިއަށް ގެންދެވުނެވެ. އެޤަޟިއްޔާގެ ޙުކުމް33 ފެބުރުއަރީ 3236 ގައި ކޮށްފައިވަނީ؛ "ދެންފަހެ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު:2012/SC-A/30 ޤަޟިއްޔާގެ ޙުކުމް ތަންފީޛު ކޮށްދިނުމަށް އެދި […] /މާލެ، މުޙައްމަދު ޝަވީދު (އައި.ޑީ. އާއި […] /މާލެ، އަޙްމަދު ޝިޔާމް (އައި.ޑީ. އާއި […] /މާލެ، ޢަލީ ޝިޔާމް (އައި.ޑީ. އާއި […] /މާލެ، މަރްޔަމް ޝިފާ (އައި.ޑީ. އާއި […] /މާލެ، ޚައުލަތް ފަހީމް (އައި.ޑީ. އާއި […] /މާލެ، ޙަސަން ޝިޔާމް (އައި.ޑީ. އާއި […] /މާލެ، އާމިނަތު އަޝްފާ (އައި.ޑީ. އާއި […] /މާލެ، ފާޠިމަތު ފަރީދު (އައި.ޑީ.ގެ މައްޗަށް ދަފްތަރު ނަންބަރު 1022/މާލެ މުޙައްމަދު އަނީސް (އައި.ޑީ. ފަރާތުން ހުށަހަޅާފައިވާ މި މައްސަލައިގައި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރ 2012/SC-A/30 ޤަޟިއްޔާގެ ޙުކުމް ކުރެވުނުއިރު އެޤަޟިއްޔާގައި ބުނެފައިވާ ރަޖިސްޓްރީ ނަންބަރު 04-P5001A 10T "ބެއްލަންވިލާ" އެވެ ކިޔާ ދޯނި މިހާރު އޮތީ އެޙުކުމް ކުރެވުނުއިރު އޮތް ހާލަތުގައި ނޫންކަން، ދަޢުވާލިބޭ ފަރާތްތަކުން ޝަރީޢަތަށް ހުށަހެޅި ލިޔެކިޔުންތަކުން އެގެން އޮވެ، އެފަދައިން ޝަރީޢަތުގެ މަޖިލީހުގައި ބުނުމުން، މިހާރު އެދޯނި އޮތް ޙާލަތުގައި އެދޯނި ބަލައިގަންނަން އިންކާރު ކުރާކަމަށް ދަޢުވާކުރާ ފަރާތުން ބުނެފައިވާތީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-A/30 ޙުކުމް ތަންފީޛު ކުރުމުގެ މައްސަލަ ކ ރިއަށ ގެންދެވެން ނެތްކަމަށް ކަނޑައަޅައް ޙުކުމް ކޮށްފީމެވެ."މިފަދައިންނެވެ. މިނިންމުމާމެދ މުޙައްމަދު އަނީސް ހިތްހަމަ ނުޖެހިގެން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ. ހައިކޯޓުގެ ރަޖިސްޓްރާރ އެހުށަހެޅުން ބަލައި ނިންމާފައިވަނީ؛ "ޙުކުމް ތަންފީޛުކުރުމުގެ ގޮތުން ކޯޓުތަކަށް ހުށަހެޅޭ މައްސަލަތަކާއި ގުޅިގެން ބެލޭނީ، ޙުކުމްތަންފީޛްކުރުމަށް ހުށަހެޅުނު ޤަޟިއްޔާގައި އަދާކުރަންޖެހޭ އިލްތިޒާމްތައް ޙުކުމާއި އެއްގޮތަށް އަދާކޮށްފައިވޭތޯ ނުވަތަ ނޫންތޯ ކަމާއި، މުޙައްމަދު އަނީސްގެ ފަރާތުން އިސްތިއނާފ ކުރުމަށް އެދް ހުށަހަޅާފައިވި ސިވިލް ކޯޓުގެ ނަންބަރ 1552/Cv-C/2015 ޤަޟިއްޔާއަކީ، ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ނަންބަރު 2012/SC-A/30 ޤަޟިއްޔާގެ ޙުކުމާ އެއްގޮތަށް ޢަމަލުކޮށްފައިނުވާތީ، ސުޕްރީމް ކޯޓުގެ ޤަޟިއްޔާގެ ޙުކުމް ތަންފީޛުކުރުމުގެ ގޮތުން، ސިވިލް ކޯޓުގެ އިސްނެގުމުގެ މަތިން ބެލެވުނު މައްސަލައެއް ކަމާއި،އިސްތިއުނާފްކުރެވިފައިވާ ޤަޟިއްޔާއަށް ބަލާއިރު، އެ ޤަޟިއްޔާގެ ޙުކުމް ބިނާވެފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ނަންބަރު 2012/SC-A/30 ޤަޟިއްޔާގެ ޙުކުމް ތަންފީޛު ކުރުމުގެ ގޮތުން މުޙައްމަދު އަނީސްއާ ޙަވާލު ކުރަންޖެހޭ ރަޖިސްޓްރީ ނަންބަރު 04 10T-P5001A "ބެއްލަންވިލާ" އެވެ ކިޔާ ދޯނި މިހާރު އޮތް ޙާލަތުގައި އެދޯންޏާއި ޙަވާލުވުމަށް މުޙައްމަދު އަނީސް ކޮށްފައިވާ އިއުތިރާޒްގެ މައްޗަށްކަން އެނގެން އޮވެފައި، ސިވިލް ކޯޓުގެ ނަންބަރު 1552/Cv-C/2015 ޤަޟިއްޔާ އިސްތިއުނާ ފްކުރުމަށ އެދް މުޙައްމަދު އަނީސްގެ ފަރާތުން ހުށަހަޅާފައިވާ މައްސަލައިގެ ދަޢުވާ ފޯމުގައި އިސްތިއުނާފީ ނުކުތާތަކުގައި ހުށަހަޅާފައިވާ ކަންތައްތަކަކީ ސިވިލް ކޯޓުގައި މައްސަލަ ހިންގަމުން ދިޔައިރު ދިފާޢީ ނުކުތާގެ ގޮތުގައި ނަގާފައިވާ ކަންތައްތަކެއް ކަމަށް އެނގެން ނެތަތީ، - ރަޖިސްޓްރާރގެ ނިންމުން ނަންބަރު CR/INDIV/2016/134-95 (20 މެއި 3236) އެކަންތައްތަކުގެ މައްޗަށް ރިޢާޔަތްކޮށް، ހައިކޯޓުގެ ޤަވާޢިދު (3233 ) ގ33 ވަނަ މާއްދާގެ ދަށުން މ މައްސަލަ ބަލައިގަނެވެނ ނެތްކަން އެންގީމެވެ." މިފަދައިންނެވެ. ހައިކޯޓުގް ރަޖިސްޓްރާރގެ ނިންމުން މުރާޖަޢާ ކޮށްދިނުމަށް އެދި ހައިކޯޓުގެ ފަނޑިޔާރުންނަ ށ ހުށަހެޅުމުން އެނިންމުން މުރާޖަޢާކޮށި32 ޖުލައި 3236 ގައި ނިންމާފައިވާ ނަންބަރ 25/RM/2016 (NR)-HC އިން މުޙައްމަދު އަނީސްއަށް އަންގާފައިވަނީ އަންނަނިވި ފަދައިންނެވެ. "ސިވިލ ކޯޓުގް ނަންބަރު 1552/Cv-C/2015 ޤަޟިއްޔާ އިސްތިއުނާފްކުރުމަށް އެދި ދަފްތަރު ނަންބަރު 1022 މުޙައްމަދު އަނީސްގެ ފަރާތުން ހުށަހަޅާފައިވާ މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުގެ ރަޖިސްޓްރަރ ނިންމިނިންމުން ބިނާކޮށްފައިވާ ސަބަބުތައް ރަނގަޅު ކަމަށްފެންނާތީ، އެނިންމުމަށް ބަދަލު ގެންނަންޖެހޭ ތަނެއް ނެތްކަމަށް ކަނޑައަޅައި ނިންމީއެވެ."
32.ސިވިލ ކޯޓުގް ނަންބަރު 1552/Cv-C/2015 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް މުޙައްމަދު އަނީސްގެ ފަރާތުން ހުށަހެޅުމުން އެމައްސަލަ ހައިކޯޓުން ބަލައިގެންފައިނުވާތީ ބުނެވިދިޔަ ހައިކޯޓުގެ ނިންމުން މުޙައްމަދު އަނީސްގެ ފަރާތުގެ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓގައު އިލްތިމާސްކުރއެވެ.އެމައްސަލ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-HCL/02 (އިސްތިއުނާފުކުރުމުގެ ހުއްދައާމެދު ހައިކޯޓުގެ ފަނޑިޔާރުންގެ ނިންމުން މުރާޖަޢާކޮށް ނިމުނުގޮތް) އިން ބަލައި ނިންމާފައިވަނީ، "ސިވިލ ކޯޓުގް ނަންބަރ 1552/Cv-C/2015 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް މުޙައްމަދު އަނީސްގެ ފަރާތުން ހުށަހެޅުމުން އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ ހުއްދަ ނުދިނުމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވާ ނިންމުން ބަދަލުކޮށް މި މައްސަލައަކީ އިސްތިއުނާފުކުރުމުގެ ހުއްދަ ދޭންޖެހޭ މައްސަލައެއްކަމަށް - މައްސަލަ ހުށަހެޅި ފޯމު ނަންބަރު L/47-A/20) 2016/SC-2016/SC( ފެންނާތީ މިއަދުން ފެށިގެން 32 (ދިހައެއް) ދުވަހުގެ ތެރޭގައި އިސްތިއުނާފ ފޯމު ދިވެހިރާއްޖޭގު ހައިކޯޓަށް ހުށަހެޅުމަށް މުޙައްމަދު އަނީސަށް އަންގައި މި މައްސަލަ ނިންމީމެވެ." މިފަދައިންނެވެ.
31.ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-A/30 ޤަޟިއްޔާގެ ޙުކުމުން ތަންފީޛުކުރަން ޖެހޭ ބައި، ސިވިލް ކޯޓުގެ އިސްނެގުމުގެ މަތިން، ތަންފީޛު ކުރުމަށް ކުރިއަށް ގެންދެވުނު، ސިވިލް ކޯޓުގެ ނަންބަރު: 1552/Cv-C/2015 ޤަޟިއްޔާގެ ނިންމުމާމެދު މުޙައްމަދު އަނީސް ހިތްހަމަ ނުޖެހިގެން، ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނި ފ ކުރުމުން، އެމައްސަލަ ބަލައާ ނުގަތުމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމިނިންމުން، މުޙައްމަދު އަނީސްގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް އިލްތިމާސް ކޮށް އެމައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ބަލަމުންދަނިކޮށް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-A/30 ޤަޟިއްޔާގެ ޙުކުމު ގައި ބަޔާންކޮށްފައިވާ "ބެއްލަންވިލާ" އެވެ ކިޔާ ދޯނި ޙުކުމާއެއ ގޮތަށް މުޙައްމަދް އަނީސަށް ޙަވާލުކޮށްފައި ނުވާކަމަށްބުނެ، އެދޯނީގެ އަގާއި އަދި އެދޯނީގެ ކުލި ހޯދުމަށް އެހެން މައްސަލައެއް މުޙައްމަދު އަނީސްގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅުމުން އެކޯޓުގެ ނަންބަރު: 568/Cv-C/2016 ޤަޟިއްޔާއިން ބަލައި ޙުކުމް ކޮށްފައިވަނީ؛ "ދެންފަހެ، އިސްވެ ފާހަގަކުރެވުނު ނުކުތާތައް އެގޮތުގައި ހުރުމާއެކު، މިދަޢުވާގައި ދަފްތަރު ނަންބަރ 1022 / މާލޭ މުޙައްމަދ އަނީސް ޙަވާލާދީފައިވާ އުޅަނދަކީ ކަނޑަށް ފެތިފައިވާ އުޅަނދެއްކަމަށްވާތީ، އެއުޅަނދަކީ ދަޢުވާލިބޭ ފަރާތްތައް ކަމުގައިވާ […] /މާލެ، ފާޠިމަތު ފަރީދު އާއި […] /މާލެ، މުޙައްމަދު ޝަވީދު އާއި ސ.މަރަދޫފޭދޫ /ފަހާގެ ޚައުލަތް ފަހީމް އާއި […] /މާލެ، އަޙްމަދު ޝިޔާމް އާއި […] /މާލެ، އާމިނަތު އަޝްފާ އާއި މުޙައްމަދު އަނީސްގެ ފަރާތުން ހުށަހެޅި އިސްތިއުނާފީ ޖަވާބުގެ 1.3.3 ނުކުތާ. […] /މާލެ، މަރްޔަމް ޝިފާ އާއި […] /މާލެ، ޢަލީ ޝިޔާމް އާއި […] /މާލެ، ޙަސަން ޝިޔާމް އަށް ބޭނުން ކުރެވޭ ޙާލަތުގައި އޮތް އުޅަނދެއް ނޫންކަމާއި، އަދި އެއުޅަނދަކީ ކުރިން އޮތް ޙާލަތުގައި މިހާރު މުޙައްމަދު އަނީސްއާ ޙަވާލުކުރެވެނ އޮތް އުޅަނދެއްކަމުގައި ނުވާތީ، މުޙައްމަދު އަނީސަށް މިހާރު ޙައްޤުވެގެންވަނީ، އެއުޅަނދުގެ އަގާއި، އެއުޅަނދު ބޭނުންކުރަން ނުލިބުމުގެ ސަބަބުން ލިބިފައިވާ ގެއްލުމުގެ ބަދަލުގެ މިންވަރުކަމާއި، މިފައިސާ ހޯދުމުގެ ބަދަލުގައި، ކަނޑަށް ފެތިފައިވާ އެއުޅަނދު ކުރިން އޮތް ޙާލަތުގައި މުޙައްމަދު އަނީސަށ ލިބެންދެން ކޮންމެ މަހަކު ގެއްލުމުގެ ބަދަލުގެ ގޮތުގައި ފައިސާ ހޯދުމަށް ދަޢުވާކުރުމުގެ ޙައްޤު މުޙައްމަދު އަނީސަށް މިޙާލަތުގައި ލިބިގެންނުވާ ކަމަށް ކަނޑައަޅައި، ޙުކު މްކޮށްފީމެވެ."
35.މިޙުކުމް ކުރުމާއި ގުޅިގެން، މިޙުކުމުގެ ދަށުން ބާރު ލިބިގެންކަމަށް ބުނެ، އެދޯނީގެ އަގު ހޯދުމަށް މުޙައްމަދު އަނީސްގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ އެކޯޓުގެ ނަންބަރު 2491/Cv-C/2016 ޤަޟިއްޔާއިން ބަލައި ޙުކުމް ކޮށްފައިވެއެވެ. އިސްތިއުނާފް ކުރެވިފައިވަނީ މި ޤަޟިއްޔާގެ ޙުކުމެވެ.
36.އެޤަޟިއްޔާ އިސްތިޢުނާފުކުރަމުން ފާހަގަ ކޮށްފައިވަނީ، މަތީމަރުޙަލާގެ ކޯޓެއްގައި ބައްލަވަމުންދާ މައްސަލައިގެ މަޢުޟޫއާ އެއްގޮތް އަދި އެ މައްސަލައަށް އަސަރުކުރާނެފަދަ ޙުކުމެއް ދަށު ކޯޓުން ބެއްލެވުމަކީ ޝަރީޢތަ ކުރުމުގެ ހަމަތަކާއި ޚިލާފުކަމެއްކަމަށެވެ. މިނުކުތާއަށް ބަލާއިރު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-A/30 ޤަޟިއްޔާގެ ޙުކުމުގައި އޮތް؛ ".... ރަޖިސްޓްރީ ނަންބަރު 04 10T-P5001A ގެ "ބެއްލަންވިލާ" އެވެ ކިޔާ ދޯނި މިހާރު އޮތް ޙާލަތުގައި، މިއަދުން (32/23/3235 އިން) ފެށިގެން 22 (ތިރީސް) ދުވަސްތެރޭގައި މުޙައްމަދު އަނީސްއާ ޙަވާލުކުރުމަށް..." ސިވިލް ކޯޓުގެ ނަންބަރު:C/2016-/Cv685 ޤަޟިއްޔާއަކީ އެއްވެސް ފަރާތަކުން އިސްތިއުނާފ ކޮށްފައިވް ޤަޟިއްޔާއެއްކަމެއ ހުށަހެޅް ލިޔުންތަކުން އެގޭކަށް ނެތެވެ. މިބައި ތަންފީޛު ކުރުމުގެ މައްސަލަ ސިވިލް ކޯޓުގެ އިސްނެގުމުގެ މަތިން، އެކޯޓުގެ ނަންބަރު 1552/Cv-C/2015 ޤަޟިއްޔާއިން ކުރިއަށްގެންގޮސް، ނިންމިގޮތް ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން އިސްތިއުނާފުކުރުމުގެ ހުއްދަދޭނ ނުފެންނަކަމަށް ނިންމިނިންމުން ބަދަލުކޮށް އެޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުގެ ހުއްދަދިނުމަށް އިސްވެ ބުނެވުނު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު HCL/02-0/SC202 (އިސްތިއުނާފުކުރުމުގެ ހުއްދައާމެދު ހައިކޯޓުގެ ފަނޑިޔާރުންގެ ނިންމުން މުރާޖަޢާކޮށް ނިމުނުގޮތް) އިން ނިންމާފައިވާކަން އެނގެއެވެ. ސިވިލް ކޯޓުގެ ނަންބަރު: 1552/Cv-C/2015 ޤަޟިއްޔާ ގެ މައުޟޫޢުއަކީ ރަޖިސްޓްރީ ނަންބަރު 10T 04-P5001A ގެ "ބެއްލަންވިލާ" އެވެ ކިޔާ ދޯނި މުޙައްމަދު އަނީސާ ޙަވާލުކުރުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކޮށްފައިވާ ޙުކުމް ތަންފީޒު ކުރުމުގެ މައުޟޫޢު ކަމާއި އިސްތިއުނާފުކުރެވިފައި މިވާ ސިވިލް ކޯޓުގެ ޤަޟިއްޔާއަކީ "ބެއްލަންވިލާ" ދޯނި ވުޖޫދުގައި ނުވާކަމަށް ދަޢުވާލިބޭ ފަރާތްތަކުން އެއްބަސްވެފައިވާތީ އެދޯނީގެ އަގު ލިބިދިނުމަށް އެދި ދަޢުވާކުރުމުން އެދޯނީގ އަގެއްގެ ގޮތުގައި 333،222.22ރ (ދެލައްކަ ހަތްދިހަ ނުވަހާސް ރުފިޔާ) ކަނޑައަޅައި އެފައިސާ މުޙައްމަދު އަނީސްއަށް ދެއްކުމަށް ޙުކުމް ކޮށްފައިވާ މައްސަލައެއްކަން އެނގޭތީ މިދެމައްސަލައިގެ ވެސް މައުޟޫޢަކީ "ބެއްލަންވިލާ" ދޯނި ނުވަތަ އެދޯނީގެ ބަދަލާގުޅޭ މައުޟޫޢުކަން އެނގެއެވެ. އިސްތިއުނާފުކުރެވިފައިމިވާ ސިވިލް ކޯޓުގެ ޤަޟިއްޔާއަކީ ކުރިން ސިވިލް ކޯޓުގެ ނަންބަރު 1552/Cv-C/2015 ޤަޟިއްޔާ ގައި ނިންމާފައިވާ މައްސަލަ އިސްތިއުނާފުކުރުމުގެ މަރުހަލާގައި (ދިވެހިރާއްޖޭގެ ހައިކޯޓުގައާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި) ކުރިއަށް ދަނިކޮށް ހުށަހަޅައިގެން ކުރިއަށް ގެންގޮސް ނިންމާފައިވާ މައްސަލައެއްކަން އެނގެއެވެ.
33.ބަޔާންވެދިޔަ ސަބަބުތައް އެހެން ހުރުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު: 2012/SC-A/30 ޤަޟިއްޔާގެ ޙުކުމުގައި ބަޔާންކުރާ "ބެންލަންވިލާ" އެވެ ކިޔާ ދޯނި މުޙައްމަދު އަނީސށަ 32 ޖުލައި 3235 - މައްސަލަ ހުށަހެޅި ފޯމު ނަންބަރު L/47-A/20) 2016/SC-2016/SC( ގައު އޮތި ޙާލެ ތ ގައް ޙަވާލު ކުރެވެން ނުތުމުން، އެޙުކުމް ތަންފީޛު ކުރެވެން ނެތްކަމަށް ބުނެ ސިވިލް ކޯޓުނ ނިންމި އެކޯޓުގެ ނަންބަރ 1552/Cv-C/2015 ޤަޟިއްޔާއަކީ ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފުކުރުމުގެ ހުއްދަ ދޭންޖެހޭ މައްސަލައެއް ކަމަށް ނިންމައި އެމައްސަލަ 32 (ދިހައެއް) ދުވަހުގެ ތެރޭގައި ހުށަހެޅުމަށް މުޙައްމަދު އަނީސަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އިސްވެ ބުނެވުނު ނިންމުމުގައި އަންގާފައިވާ ގޮތު ގެމަތިނ މުޙައްމަދް އަނީސްގެ ފަރާތުން އެމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފުކުރުމަށް ހުށަހެޅުމުން މިކޯޓުގެ ނަންބަރު 2021/HC-A/81 ޤަޟިއްޔާގައި އެމައްސަލަ ބެލުމަށް ހަމަޖެހިފައިވާތީ އެމައްސަލަ މިކޯޓުން ބަލާއިރު، ބެއްލަންވިލާ ދޯންޏާގުޅޭ ގޮތުން ދިވެހިރާއްޖޭގ ސުޕްރީމެ ކޯޓުގެ ނަންބަރު 2012/SC-A/30 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމާ އެއްގޮތަށް ބެއްލަންވިލާ ދޯނި އޭގެ ޒާތުގައި ޙަވާލުކުރެވިދާނެތޯ ނުވަތަ ނޫންތޯ؟ އާމެދު ގޮތެއް ކަނޑައެޅުމުގެ މައްސަލަ ކޯޓު މަރުހަލާގައި ކުރިއަށް ދަނިކޮށް އެކަމާމެދު ގޮތެއް ކަނޑައެޅުމުގެ ކުރިން ބެއްލަންވިލާ ދޯނީގެ އަގު ނުވަތަ އެދޯނީގެ ބަދަލާގުޅޭ ގޮތުން ޝަރީޢަތުން ގޮތެއް ނިންމުމަކީ ސުޕްރީމް ކޯޓުން ނިންމާފައިވާ އިސްވެ ބުނެވުނު ޤަޟިއްޔާގެ ނިންމުން ތަންފީޒުކުރުމަށް ހުރަސްއެޅިދާނެ ކަމެއްކަމުގައި ފެންނާތީ އެޤަޟިއްޔާގެ ޙުކުމް ތަންފީޒުކުރުމާގުޅޭ މައްސަލައިގައި ނިހާއީ ޙުކުމެއް ކުރުމުގެ ކުރިން ބެއްލަންވިލާ ދޯނީގެ އަގު ކަނޑެޅުމަކީ ޢަދުލުއިންޞާފު ޤާއިމް ކުރުމަށް ހުރަސްއެޅި، ޝަރުޢީ ނިޒާމަށް އޮންނަ އިތުބާރަށް އަސަރުކުރާނެ ކަމެއްކަމަށް ފެންނާތީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު: 2016/SC-A/20 ނިންމުމުގެ މައްޗަށް ރިޢާޔަތްކޮށް ސިވިލް ކޯޓުގެ ނަންބަރު 2491/Cv-C/2016 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަކީ ބާޠިލް ކުރަންޖެހޭ ޙުކުމެއް ކަމަށް ދެކެމެވެ.
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ސުޕްރީމް ކޯޓު 2016/SC-A/20
- ސުޕްރީމް ކޯޓު 2012/SC-A/30
- ސުޕްރީމް ކޯޓު 2020/SC-HCL/02 (އިސްތިއުނާފުކުރުމުގެ ހުއްދަ ދިން ނިންމުން)
- ސުޕްރީމް ކޯޓު 2017/SC-A/39 (މުޙައްމަދު ޝަވީދު ވ. މުޙައްމަދު ލަޠީފު) (ފުޓްނޯޓު)
- ހައިކޯޓު 2003/HC-A/127 (ފަސްމަންޒަރު)
- ހައިކޯޓު 2009/HC-A/319 (ފަސްމަންޒަރު)
ޝަރީޢަތުގެ ވީޑިއޯ
މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.