ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
2019/HC-A/392

މާހަލް ޓުއަރސް ޕވޓ ލޓޑ ވ. އެންޓްރެކް މޯލްޑިވްސް ޕވޓ ލޓޑ

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި
ސުޕްރީމް ކޯޓަށް އިސްތިއުނާފުކޮށްފައި ނުވޭ · ރަޖިސްޓްރީ ބެލީ 15 އޮކްޓޫބަރު 2026ޙުކުމުގެ ހާލަތު
ހައިކޯޓު · 20 ޖަނަވަރީ 2021ދަށު ކޯޓު: ސިވިލް ކޯޓު 2588/Cv-C/2018ބާވަތް: މަދަނީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
ސިވިލް ކޯޓު 2588/Cv-C/2018
ފަހުގެ ތާރީޚު
ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް

ކޯ ޓާމްސް

ޚުލާޞާ

ކޯޓަށް އައި ގޮތް
ސިވިލް ކޯޓުން 670,000 ޑޮލަރަކީ އިސްތިއުނާފުކުރި ފަރާތުން ދަޢުވާކުރި ފަރާތަށް ދައްކަންޖެހޭ ފައިސާއެއްކަން މަދަނީ މިންގަނޑުން ސާބިތުވާކަމަށް ކަނޑައަޅައި މަހުން މަހަށް ސިވިލް ކޯޓަށް ދައްކައި ދަރަނި ޚަލާޞްކުރުމަށް ޙުކުމްކުރި.
ވާޤިޢާ
ސަރުކާރުން ކުއްޔަށް ދީފައިވާ ރިސޯޓެއް ސަބްލީސްކުރުމަށް ދެ ކުންފުންޏެއްގެ މެދުގައި ނެގޯޝިއޭޓް ކުރެވި ޑްރާފްޓް އެގްރީމެންޓެއް އެކުލަވާލެވުނު ނަމަވެސް ސޮއިނުކުރެވެއެވެ. ސޮއިކުރުމުގެ ކުރިން ތިން ފަހަރަކުން 700,000 ޑޮލަރު ދިން ނަމަވެސް ރިސޯޓު ސަބްލީސްކޮށް ނުދީ، 30,000 ޑޮލަރު އަނބުރާ ދެއްކުމުން ބާކީ ފައިސާއާއި ފައިނޭންސިންގ ކޮސްޓް ހޯދުމަށް ދަޢުވާކުރެވުނެވެ.
ކޯޓުން ނިންމަން ޖެހުނު ސުވާލު
ލިޔުމުން ކޮންޓްރެކްޓެއް ނެތި، ރިސޯޓެއް ސަބްލީސްކުރުމުގެ ނެގޯޝިއޭޓް ކުރުމުގެ މަރުޙަލާގައި ދީފައިވާ އެޑްވާންސް ފައިސާއަކީ އަނބުރާ ދައްކަންޖެހޭ ފައިސާއެއްތޯ؛ އެކަން ސާބިތުކުރުމުގެ ބުރަ އުފުލަންޖެހޭނީ ކޮން ފަރާތަކުންތޯ؛ އަދި ސީލާއި ސޮއިކުރި މީހުންގެ ނަން ނެތް ޕޭމަންޓް ވައުޗަރތަކަށް ދެވޭނެ ބުރަދަނަކީ ކޮބައިތޯ.
ޚަޞްމުންގެ ހުށަހެޅުންތައް
އިސްތިއުނާފުކުރި ފަރާތުން ބުނީ، ފައިސާ އަނބުރާ ދައްކާގޮތަށް ދިން ކަމުގެ ކޮންޓްރެކްޓެއް ނެތްކަމަށާއި، ސާބިތުކުރުމުގެ ބުރަ ދަޢުވާކުރާ ފަރާތުގައި އޮތްކަމަށާއި، ސުވާލު އުފެދިފައިވާ ޕޭމަންޓް ވައުޗަރތަކަށް ބުރަދަން ދީފައިވާ ކަމަށެވެ. އަދި ފައިސާއަކީ އެކްސްކްލޫސިވިޓީ ޕީރިއަޑެއްގެ މުޤާބިލުގައި ދިން ނޮން-ރީފަންޑަބަލް ފައިސާ ކަމަށެވެ.
ކޯޓުގެ ސަބަބުތައް
ދެފަރާތުގެ މެދުގައި ސަބްލީސްގެ އެއްބަސްވުމެއް ވެފައިވާކަމަށާއި ފައިސާ ލިބުނުކަން އިންކާރުނުކުރާތީ، ފައިސާއަކީ އަނބުރާ ދައްކަންޖެހޭ ފައިސާއެއް ނޫންކަން ސާބިތުކުރުމުގެ ބުރަ ފައިސާ ލިބުނު ފަރާތުގައި އޮތްކަމަށާއި، އެކްސްކްލޫސިވިޓީ ޕީރިއަޑެއް ސާބިތުނުވާކަމަށާއި، ބޮޑު އަދަދެއް ހަދިޔާއެއްގެ ގޮތުގައި ދިންކަމަށް ބުއްދި ޤަބޫލުނުކުރާތީ، ސިވިލް ކޯޓުގެ ނިންމުން ޤާއިމްކުރި.

ނިންމުން

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި

އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 ޤާނޫނުގައި ވަކި ސިފައެއްގައި އޮތުން ލާޒިމުނުކުރާ ކޮންޓްރެކްޓަކީ ވަކި ގޮތަކަށް އޮތުން ލާޒިމް އެއްޗެއް ނޫނެވެ. އެއީ އެއްފަރާތުން ހުށަހަޅާ ހުށަހެޅުމެއް އަނެއް ފަރާތުން ޤަބޫލުކުރުމުން ވުޖޫދަށް އަންނަ އެއްޗެއް ކަމަށާއި، ކޮންޓްރެކްޓުގެ ވުޖޫދު ތަފާތު ވަސީލަތްތަކުން ސާބިތުކުރެވިދާނެއެވެ. ލިޔުމުން އެއްބަސްވުމެއް ނެތްނަމަވެސް މުޢާމަލާތް ވެފައިވާކަމަށް ދެފަރާތުން އެއްބަސްވާނަމަ އެއްބަސްވުމެއް ވެފައިވާ ކަމަށް ބަލަންޖެހޭނެއެވެ.

HN2 ކިތާބީ ހެއްކަކީ އޭގެ ޒާތުގައި ފުރިހަމަ ކިތާބީ ދަލީލަކަށް ނުވިޔަސް، ހެކިންގެ ހެކިބަހާއި ޤަރީނާއިން ފުރިހަމަކުރެވިދާނެ ދަލީލެކެވެ. ކުންފުނީގެ ސީލާއި ސޮއިކުރި މީހުންގެ ނަން ނެތް ޕޭމަންޓް ވައުޗަރަކީ ފުރިހަމަ ކިތާބީ ހެއްކެއް ނޫން ނަމަވެސް، ޗެކުތަކުގެ އަދަދާ ދިމާވާތީ ފައިސާ ދިންކަން ސާބިތުކުރުމަށް އޭގެ ބުރަދަން ދެވިދާނެއެވެ. ނަމަވެސް ފައިސާއަކީ އަނބުރާ ދައްކަންޖެހޭ ފައިސާއެއްތޯ ސާބިތުކުރުމަށް އެ ވައުޗަރތައް ހެއްކެއްގެ ގޮތުގައި ބަލައިނުގަނެވޭނެއެވެ.

މަދަނީ › އެއްބަސްވުމާ މެދު ޚިލާފު އުފެދިގެން

HN3 ވަކި މުއްދަތެއް ކަނޑައެޅުމަކާ ނުލައި އެކްސްކްލޫސިވިޓީ ޕީރިއަޑެއް ދެވުނު ކަމަށް ބުނުމަކީ ސަބަބުވެރި އިންސާނެއްގެ ބުއްދިއަށް ޤަބޫލުކުރެވޭ ވާހަކައެއް ނޫނެވެ. އެފަދަ މުއްދަތެއް ދިން ކަމާއި، އޭގެ މުއްދަތާއި، ހަމަވިކަން އަންގައި އެއްބަސްވުން ނިންމިކަން ސާބިތުނުކޮށް، އެއް ފަރާތުން މަޑުކުރި މުއްދަތަކީ އެކްސްކްލޫސިވިޓީ ޕީރިއަޑެއް ކަމަށް ބަލާނެ ޤާނޫނީ ހަމައެއް ނެތެވެ.

HN4 މަދަނީ ޚުޞޫމާތުތަކުގައި ސާބިތުކުރުމުގެ ބުރަ (onus probandi) އަކީ ދަޢުވާކުރާ ފަރާތުގެ މަސްއޫލިއްޔަތެވެ. ނަމަވެސް ދަޢުވާ ރައްދުވާ ފަރާތުން ކުރާ ދިފާޢީ ދަޢުވާއެއް (ދަފްޢެއް) ސާބިތުކުރުމުގެ ބުރަ އުފުލަންޖެހޭނީ އެ ދަފްޢެއް ކުރިމަތިކުރާ ފަރާތުންނެވެ. (2010/SC-A/02)

HN5 މީހަކަށް ލިބިފައިވާކަން ސާބިތުވާ ފައިސާއަކީ އަނބުރާ ދައްކާގޮތަށް ލިބުނު ފައިސާއެއް ނޫންކަމަށް އެމީހަކު ބުނާނަމަ، އެއީ ހަދިޔާއެއްކަން ނުވަތަ މުޢާމަލާތަކުން އޭނާގެ ޙައްޤެއް އޮތް ފައިސާއެއްކަން ސާބިތުކުރުމުގެ ބުރަ އުފުލަންޖެހޭނީ ފައިސާ ލިބުނު ފަރާތުންނެވެ. ޚަރަދުދީ ބެލެހެއްޓުމުގެ ޒިންމާ ނެތް ފަރާތްތަކެއްގެ މެދުގައި ދޭ ފައިސާއަކީ ތަބައްރުޢެއްކަން ނޭނގޭނަމަ، އަޞްލަކީ އެއީ އަނބުރާ ދައްކަންޖެހޭ ދަރަންޏެއް ކަމުގައި އޮތުމެވެ. (2018/SC-A/45)

HN6 ކޮންޓްރެކްޓެއް ކުރިއަށްދާނެކަމުގެ ޔަޤީންކަމުގައި އެއް ފަރާތުން އަނެއް ފަރާތަށް ބޮޑު އަދަދެއްގެ ފައިސާ ދީފައިވާއިރު، ފައިސާ ލިބުނު ފަރާތުން އެއްބަސްވުމާ ޚިލާފަށް މުޢާމަލާތް އެހެން ފަރާތަކާ ކޮށްފިނަމަ، އެއްބަސްވުމަށް ބަރޯސާވެގެން ދިން ފައިސާއަކީ އަނބުރާ ލިބެންޖެހޭ ފައިސާއެކެވެ.

ވަކީލުންނާއި ފަނޑިޔާރުން

ވަކީލުން
—
ބެންޗު
މުޙައްމަދު ފައިޞަލް، ޝުޢައިބު ޙުސައިން ޒަކަރިއްޔާ، މުޙައްމަދު ނިޔާޒް
ރިޔާސަތު
—
ރައުޔު ލިޔުނު ފަނޑިޔާރު
މުޙައްމަދު ފައިޞަލް · ތާއީދުކުރެއްވީ: ޝުޢައިބު ޙުސައިން ޒަކަރިއްޔާ، މުޙައްމަދު ނިޔާޒް
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

ތަޢާރުފު

3މި މައްސަލައަކީ، ސިވިލް ކޯޓުގެ ނަންބަރު C/2018-v2588/C ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތް ނުވާ ކަމަށްބުނެ އެ މައްސަލަ އިސްތިއުނާފު ކުރުމަށް އެދި މާހަ ލ ޓުއަރސް ޕްރައިވެޓް ލިމިޓެޑް (މީގެ ފަހުން މާހަލް ޓުއަރސް ނުވަތަ އިސްތިއުނާފުކުރާ ފަރާތް ގޮތގައު އިޝާރާތްކުރެވިފައ)ގ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބލަ ފައިވާ ޤަޟިއްޔާއެކެވެ. މި ޤަޟިއްޔާގަ އ އިސްތިއުނާފި ރައްދުވު ފަރާތްކް އެންޓްރެކްމޯލްޑިވްސ ޕްރައިވެޓް ލިމިޓެޑް(މީގެ ފަހުން އެންޓްރެކ މޯލްޑިވްސް ނުވަތި އިސްތިއުނާފަ ރައްދުވާފަރާތިގޮތުގައި އިޝާރާތްކުރެވފައ) އެވެ. ސިވިލް ކޯޓަށް ހުށަހެޅުނު މައްސަލަ:

3. ކ. މަހާނައެޅިހުރާ (ރިހިވެލިބީޗް ރިޒޯޓް) ޓޫރިސްޓް ރިޒޯޓެއްގެ ގޮތުގައި ހިންގުމަށް މާހަލް ޓުއަރސް އަށް ސަރުކާރުން ކުއްޔަށް ދީފައިވަނިކޮށް މި ރިސޯޓު ސަބްލީސްކުރުމަށް މާހަލް ޓުއަރސް އަދި އެންޓްރެކް މޯލްޑިވްސްއާއި ދެމެދު ނެގޯޝިއޭޓް ކުރުމުގެ މަރުހަލާގައި ޑްރާފްޓް އެގްރީމެންޓެއް އެކުލަވާލެވި އެ އެގްރީމެންޓްގައި ސޮއިކުރުމުގެ ކުރިން މާހަލް ޓުއާރސްގ އެދުމުގެ މަތިން އެޑްވާންސް ފައިސާގެ ގޮތުގައި 2 (ތިނެއް) ފަހަރެއްގެ މަތިން އެ ންޓްރެކް މޯލްޑިވްސް އިން މާހަލް ޓުއަރސް އަށް ޖުމްލަ US$700,000.00 (ހަތްލައްކަ އެމެރިކާ ޑޮލަރު) ދީފައިވީނަމަވެސް ދަޢުވާލިބޭ ފަރާތުން ރިސޯޓް ސަބްލީސްކޮށްދެވިފައިނުވާތީ އެޑްވާންސްގެ ގޮތުގައި ދީފައިވާ ފައިސާއިން ދަޢުވާކުރާ ފަރާތަށް އަނބުރާ ދައްކާފައިވާ 000.00US$30, (ތިރީސްހާސް އެމެރިކާ ޑޮލަރު) އުނިކުރުމުން ބާކީވާ US$670,000.00 (ހަލައްކަ ހަތްދިހަހާސް އެމެރިކާ ޑޮލަރު) ހޯދުމަށާއި ދަޢުވާކުރާ ފަރާތުން އެޑްވާންސްގެ ގޮތުގައި ދިން ފައިސާ ދަޢުވާލިބޭ ފަރާތުން ބަލައިގަތުމަށްފަހު އެފައިސާގެ މުޤާބިލުގައި ރިސޯޓް ސަބްލީސްކޮށް ދ ފައިނުވާތީ އެ ފައިސާއަކީ ދަޢުވާލިބޭ ފަރާތުނ ދަޢުވާކުރާ ފަރާތަށް އަނބުރާ ދައްކަންޖެހޭ ދަރަންޏެއް / ލޯނެއް ކަމުގައި ދަޢުވާކުރާ ފަރާތުން ދެކޭ ކަމަށާއި އަދި ލޯނަކީ ފައިނޭންސިނިގ ކޮސްޓެއ ހިމެން އެއްޗަކަށް ވީހިނދު ދަޢުވާލިބޭ ފަރާތުން އެފައިސާ ބޭނުންކޮށް އެއަން ވިޔަފާރިކޮށްފައިވާއިރު އެލޯނު އަނބުރާ ދެއްކުމޭށް ނަގާ މުހުލަތަށް ފައިނޭންސިންގ ކޮސްޓް ދަޢުވާލިބޭ ފަރާތުން ދަޢުވާކުރާ ފަރާތަށް ދައްކަންޖެހޭނެކަމަށާއި މިގޮތުން ދިވެހިރާއްޖޭގެ މާލީ އިދާރާތަކުންވެސ އެކިފަރާތްތަކަށް ވިޔަފާރިކުރުމަށް ލޯން ދޫކުރާއިރު އިންޓްރެސްޓް/މާރޖިންގ ގޮތުގައެ އަހަރަކަށް 11.75% (އެގާރަ ޕޮއިންޓް ހަތެއް ފަހެއް އިންސައްތަ) ކަނޑައަޅާއިރު އެރޭޓުން ހިސާބުކުރުމުން 32 މެއި 3232 މިތާރީޚުގެ ނިޔަލަށް ދަޢުވާކުރާ ފަރާތަށް ލިބިފައިވާ ގެއްލުމުގެ ބަދަލުގެ ގޮތުގައި US$490,073.18 (ހަތަރުލައްކަ ނުވަދިހަހާސް ހަތްދިހަ ތިނެއް އެމެރިކާ ޑޮލަރު އަށާރަ ސެންޓް) އާއިއެކު ޖުމްލަ US$1,160,073.18 (އެއް މިލިއަން އެއްލައްކަ ފަސްދޮޅަސްހާސް ހަތްދިހަ ތިނެއް އެމެރިކާ ޑޮލަރު އަށާރަ ސެންޓް) މާހަލް ޓުއަރސްގެ ފަރާތުން ހޯދުމަށް އެންޓްރެކ މޯލްޑިވްސް އިން ހުށަހެޅިއެވެ. ސިވިލް ކޯޓުން މައްސަލަ ނިންމިގޮތް:

2ސިވިލް ކޯޓުގެ ނަންބަރު 2018C/-/Cv2588 ޤަޟިއްޔާ ނިންމާފައިވަނީ؛ [ދެންފަހެ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކަށާއި ހުށަހެޅިފައިވާ ބަޔާންތަކާއި ލިޔުންތަކުގެ މައްޗަށް ރިޢާޔަތްކޮށް ބަލާއިރު، ކ. މަހާނައެޅިހުރާ (ރިހިވެލިބީޗް ރިޒޯޓު) ޓޫރިސްޓް ރިޒޯޓެއް ހިންގުމަށް މާހަލް ޓުއަރސް ޕްރައިވޓެ ލިމިޓެޑަށް ސަރުކާރުން ކުއްޔަށް ދީފައިވަނިކޮށް މި ރިސޯޓް ސަބްލީސްކުރުމަށް އެންޓްރެކ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި މާހަލް ޓުއަރސް ޕްރައިވެޓް ލިމިޓެޑއާ ދެމެދު ނެގޯޝިއޭޓްކުރުމުގެ މަރުހަލާގައި ޑްރާފްޓް އެގްރީމންޓެއެ އެކުލަވާލެވިފައިވާކަމާއި، ބަޔާންވެދިޔަ އެއްބަސްވުމުގެ ދަށުން އެޑްވާންސް ފައިސާގެ ގޮތުގައި އެންޓްރެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން މާހަލް ޓުއަރސް ޕްރައިވެޓް ލިމިޓެޑަށް 22 (ތިނެއް ) ފަހަރެއްގެ މަތިން ޖުމްލަ US$700,000.00 (ހަތްލައްކަ އެމެރިކާ ޑޮލަރު) ދީފައިވާކަމާއި، އަދި ބަޔާންވެދިޔަ އެޑްވާންސް ފައިސާ ދީފައިވީނަމަވެސް މި މުޢާމަލާތް އިތުރަށް ކުރިއަށް ގެންދެވިފައިނުވާކަން ދެފަރާތުގެ ބަހުން އެނގެން އޮންނައިރު މި މުޢާމަލާތާއި ގުޅިގެން އެޑްވާންސް ފައިސާގެ ގޮތުގައި އެންޓްރެކ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން މާހަލް ޓުއަރސް ޕްރައިވެޓް ލިމިޓެޑަށް ދީފައިވާ ޖުމްލަ US$700,000.00 (ހަތްލައްކަ އެމެރިކާ ޑޮލަރު) ގެ ތެރެއިން ދަޢުވާލިބޭ ފަރާތުން އަނބުރާ ދައްކާފައިވާ ކަމަށް ދަޢުވާކުރާ ފަރާތުން ބަޔާންކޮށްފައިވާ US$30,000.00 (ތިރީސްހާސް އެމެރިކާ ޑޮލަރު) އުނިކުރުމުން ބާކީވާ US$670,000.00 (ހަލައްކަ ހަތްދިހަހާސް އެމެރިކާ ޑޮލަރު) ގެ ތެރެއިން އެއްވެސް މިންވަރެއް ދަޢުވާލިބޭ ފަރާތުން ދަޢުވާކުރާ ފަރާތަށް ދައްކާފައިވާކަން ޝަރީޢަތަށް ޘާބިތުވާފަދަ ކާފީހެއްކެއް ދަޢުވާލިބޭ ފަރާތުން ހުށަހަޅާފައިނުވާތީ މި US$670,000.00 (ހަލައްކަ ހަތްދިހަހާސް އެމެރިކާ ޑޮލަރު) އަކީ މާހަލް ޓުއަރސް ޕްރައިވެޓް ލިމިޓެޑުން އެންޓްރެކ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ލިބެންޖެހޭ ފައިސާއެއްކަން މަދަނީ މިންގަނޑުން ޝަރީޢަތަށް ޘާބިތުވެއްޖެކަމަށް ކަނޑައަޅައި، މިފައިސާ އެންޓްރެކ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ލިބިދިނުމުގެ ގޮތުން 33 ޖޫން 3233 މި ދުވަހުން ފެށިގެން މަދުވެގެން އެމަހަކަށް ޖެހޭވަރު އެމަހަކު ސިވިލް ކޯޓަށް ފައިސާ ދައްކަމުންގޮސް މީލާދީ 23 (ދޭއް) މަސްދުވަހުގެ ތެރޭގައި މި US$670,000.00 (ހަލައްކަ ހަތްދިހަހާސް އެމެރިކާ ޑޮލަރު) ދައްކައި ދަރަނި ޚަލާޞްކުރުމަށް މާހަލް ޓުއަރސް ޕްރައިވެޓް ލިމިޓެޑަށް އަންގައި ޙުކުމްކޮށްފީމެވެ. " މިފަދައިންނެވެ. އިސްތިއުނާފީ ނުކުތާތައް:

1. ސިވިލް ކޯޓުގެ ނަންބަރު C/2018-2588/CV ޤަޟިއްޔާ ނިމިފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތް ނުވާކަމަށްބުނެ އމައްސަލެ އިސްތިއުނާފުކުރުމަށް އެދި މާހަލް ޓުއަރސްގެ ފަރާތުން ތިރީގައިވާ ސިވިލް ކޯޓުގެ ނަންބަރު 2588/Cv-C/2018 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓު. ނުކުތާތައް ހުށަހަޅާ އެނުކުތާތަކާއި ބެހޭގޮތުންދިވެހިރާއްޖޭގ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ. އެގޮތުން ހުށަހަޅާފައިވާ ނުކުތާތަކަކީ؛

1.3- އެންޓްރެކް މޯލްޑިވްސް އނި މާހަލް ޓުއަރސްއަށް އަނބުރާ ދައްކާގޮތަށް US$700,000.00 (ހަތްލައްކަ އެމެރިކާ ޑޮލަރު) ދީފައިވާކަން އެނގޭނެ، ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާ ބެހޭ ޤާނޫނު) ގައި ބަޔާންކުރާ ފަދަ ކޮންޓްރެކްޓެއް ނުވަތަ އެއްބަސްވުމެއް ނެތް އިރު، އެ ފައިސާއަކީ ދެފަރާތް އެއްބަސްވެގެން އަނބުރާ ދައްކާގޮތަށް ދީފައިވާ ފައިސާއެއްކަމުގައި ކަނޑައަޅައި ޙުކުމް ކުރައްވާފައިވާ ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.

1.3- އެންޓރެކް މޯލްޑިވްސްއިން މާހަލް ޓުއަރސް އަށް ދީފައިވާ ފައިސާ އަކީ އަނބުރާ ދައްކާގޮތަށް ދީފައިވާ ފައިސާއެއްނޫންކަން އިސްތިއުނާފުކުރާ ފަރާތަށް ސާބިތުކޮށްދެވިފައި ނުވާކަމަށް ބުނެ، އެ ފައިސާ އިސްތިއުނާފުރައްދުވާ ފަރާތަށް ދެއްކުމަށް އިސްތިއުނާފުކުރާ ފަރާތުގެ މައްޗަށް އަންގައި ޙުކުމްކުރައްވާފައިވާ ވަނީ މަދަނީ ޚުޞޫމާތުތަކުގައި ސާބިތުކުރުމުގެ ބުރަ probandi) (onus އުފަލުނ އޮންން އުޞޫލާއި ޚިލާފަށްކަމުގައި ބުނެ ހުށަހެޅި ނުކުތާއެވެ.

1.2- އެންޓްރެކ މޯލްޑިވްސް އިން މާހަލް ޓުއަރސް އަށް ދީފައިވާ ފައިސާގެ ޕޭމަންޓް ވައުޗަރތަކާއި މެދު ސުވާލު އުފައްދާފައި ވަނިކޮށް، އެންޓްރެކް މޯލްޑިވްސް އިން މާހަލް ޓުއަރސްއަށް ދީފައިވާ ފައިސާއަކީ އަނބުރާ ދައްކާގޮތަށް ދީފައިވާ ފައިސާއެއް ކަމަށް ކަނޑައެޅުމުގައި އެ ޕޭމަންޓް ވައުޗަރތަކަށް ބުރަދަން ދީފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.

ޝަރިޢަތަށް ފާހަގަކުރެވުނު ކަންކަން

5ސިވިލް ކޯޓުގެ ނަންބަރު C/2018-2588/CV މައްސަލަ ނިމުނު ގޮތުގެ ރިޕޯޓަށާއި، އެމައްސަލަ އިސްތިއުނާފު ކުރުމަށް މާހަލް ޓުއަރސްގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާ ތަކާ ގުޅިގެން މައްސަލއަ ގައި ހިމެނަ ފަރާތްތަކުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާ ގުޅުންހުރި ލިޔެކިޔުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް ފާހަގަކުރެވެއެވެ. މާހަލް ޓުއަރސް އާއި އެންޓްރެކ މޯލްޑިވްސް އާއް ދެމެދި އެއްބަސްވުމެއް ވެފައިވޭތޯ ނުވަތަ ނޫންތޯ ބެލުން

6ކ. މަހާނައެޅިހުރާ (ރިހިވެލި ރިޒޯޓު) ޓޫރިސްޓް ރިޒޯޓެއް ހިންގުމަށް ސަރުކާރުން މާހަލް ޓުއަރސް އަށް ކުއްޔަށް ދީފައިވަނިކޮށް މި ރިޒޯޓް ސަބްލީސް ކުރުމަށް މާހަލް ޓުއަރސް އާއި އެންޓްރެކް މޯލްޑިވްސް އާއި ދެމެދު ނެގޯޝިއޭޓް ކުރެވުނެވެ. އަދި މި މަރުޙަލާގައި ޑްރާފްޓް އެގްރީމަންޓެއްވެސް އެކުލަވާލެވުނެވެ. މި އެގްރީމެންޓުގައި ސޮއިކުރުމުގެ ކުރިން އެޑްވާންސް ފައިސާގެ ގޮތުގައި އެންޓްރެކް މޯލްޑިވްސް އިން US$700,000.00 (ހަތްލައްކަ އެމެރިކާ ޑޮލަރު) މާހަލް ޓުއަރސް އަށް ދައްކާފައިވެއެވެ. ނަމަވެސް މި އެގްރީމެންޓްގައި ސޮއިކުރެވޭ މި މުޢާމަލާތް ކުރިއަށްގެންދެވިފައި ނުވާކަން ދެ ފަރާތުގެ ބަހުން އެނގެންއޮވެއެވެ.

3ކޮންޓްރެކްޓަކީ ވަކިގޮތަކަށް އޮތުން ލާޒިމް އެއްޗެއްނޫންކަނ ޤާނޫން ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 3 ވަނަ މާއްދާއާއި 1 ވަނަ މާއްދާއަށް ބެލުމުން އެނގެއެވެ. އަދި ޤާނޫނުގައި ވަކި ގޮތަކަށް އެކުލަވާލުން ލާޒިމް ނުކުރާ ނުވަތަ ވަކި ސިފައެއްގައި އޮތުން ލާޒިމްނުކުރާ ކޮންޓްރެކްޓަކީ އެކޮންޓްރެކްޓެއްގައި ހިމެނޭ އެއްފަރާތުން އަނެއް ފަރާތަށް ހުށަހަޅާ ހުށަހެޅުމެއް އެހުށަހެޅުން ރައްދުވީފަރާތުނ ޤަބޫލުކުރުމުން ވުޖޫދަށް އަންނަ ކޮންޓްރެކްޓެއްކަމާއި، ކޮންޓްރެކްޓް ވުޖޫދަކީ ތަފާތު ވަސީލަތްތަކުން ސާބިތު ކުރެވިދާނެ އެއްޗެއްކެވެ. އެހެންކަމުން ކ. މަހާނައެޅިހުރާ (ރިހިވެލި ރިޒޯޓް) ޓޫރިސްޓް ރިޒޯޓު ސަބްލީސް ކުރުމަށްޓަކައި މާހަލް ޓުއަރސް އާއި އެންޓްރެކް މޯލްޑިވްސް އާއި ދެމެދު ލިޔުމުން އެއްބަސްވުމެއް ނެތްކަމުގައިވީނަމަވެސް، ކ. މަހާނައެޅިހުރާ (ރިހިވެލި ރިޒޯޓް) ގެ ސަބްލީސް މުޢާމަލާތް މިދެފަރާތގު މެދުގައި ވެފައިވާކަމަށް ދެފަރާތުންވެސް ސިވިލް ކޯޓު ނަންބަރު 2588/Cv-C/2018 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ ފާހަގަކުރެވުން ކަންކަމުގެ (2)ގެ (ހ) ސުޕްރީމް ކޯޓުގެ ނަންބަރު 2009/SC-A/30 ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކުގެ (ށ) އެއްބަސްވެފައިވާކަމުނ މާހަލް ޓުއަރސްއާއިއެންޓްރެކ މޯލްޑިވްސް އާއެ ދެމެދް އައްބަސްވުމެއ ވެފައިވާކަމަށް ބަލަންޖެހެއެވެ. ހުށަހެޅިފައިވާ މައްސަލައިގައި އުފެދިފައިވާ ޚުޞޫމާތު:

2. މާހަލް ޓުއަރސް އާއި އެންޓްރެކް މޯލްޑިވްސް އާއި ދެމެދު ކ. މަހާނައެޅިހުރާ (ރިހިވެލި ރިޒޯޓް) ޓޫރިސްޓް ރިޒޯޓުގެ ސަބްލީސް އާއި ގުޅިގެން ދެފަރާތުން ނެގޯޝިއޓ ކުރިކަމަށް އެއްބަސްވެފައިވާކަމުނޭ، މި ދެފަރާތުގެ މެދުގައި އުފެދިފައިވާ ޚުސޫމާތަކީ ކ. މަހާނައެޅިހުރާ (ރިހިވެލި ރިޒޯޓް) ޓޫރިސްޓް ރިޒޯޓުގެ ސަބްލީސް އާއި ގުޅިގެން އުފެދިފައިވާ ޚުޞޫމާތެއް ނޫނެވެ. މި ޚުޞޫމާތަކީ ރިޒޯޓު ސަބްލީސް ކުރުމަށްޓަކައި ނެގޯޝިއޭޓް ކުރެވުނު މަރުޙަލާގައި އެންޓްރެކް މޯލްޑިވްސް އިން މާހަލް ޓުއަރސް އަށް ދީފައިވާ US$700,000.00 (ހަތްލައްކަ އެމެރިކާ ޑޮލަރު) މި ފައިސާއާއި ގުޅިގެން އުފެދިފައިވާ ޚުޞޫމާތެ ކެވެ. އެންޓްރެކް މޯލްޑިވްސް އިން މާހަލް ޓުއަރސް އަށް ދީފައިވާ US$700,000.00 (ހަތްލައްކަ އެމެރިކާ ޑޮލަރު) ފައިސާ އަކީ އަނބުރާ ދައްކަންޖެހޭ ފައިސާ އެއްތޯ ނުވަތަ ނޫންތޯ ބެލުން

3. މި ފައިސއަކާ މާހަލް ޓުއަރސްއިން އެންޓްރެކް މޯލްޑިވްސްއަށް އަނބުރާ ދައްކަންޖެހޭ ފައިސާކަމަށް އެންޓްރެކް މޯލްޑިވްސް އިން ދަޢުވާކޮށްފައިވާއިރު މި ފައިސާއަކީ އަނބުރާ ދައްކަންޖެހޭ ގޮތަށް ދިން ފައިސާ އެއްކަމާމެދު މާހަލް ޓުއަރސް އިންކާރުކުރެއެވެ. އެގޮތުން މިފައިސާ އާއި ގުޅިގެން އެންޓްރެކް މޯލްޑިވްސް އިން ބުނެފައިވަނީ 2 ފަހަރެއްގެ މަތިން އެފަރާތުން މާހަލް ޓުއަރސް އަށް ފައިސާ ދީފައިވާކަމަށެވެ. އެގޮތުން 23 ޖަނަވަރީ 3233 ގައި US$300,000.00 (ތިންލައްކަ އެމެރިކާ ޑޮލަރު)، 32 މާރިޗު 3233 ގައި US$200,000.00 (ދެލައްކަ އެމެރިކާ ޑޮލަރު) އަދ 22 އޮކްޓޫބަރު 3233 ގައި US$200,000.00 (ދެލައްކަ އެމެރިކާ ޑޮލަރު)، އެކު ޖުމްލަ US$700,000.00 (ހަތްލައްކަ އެމެރިކާ ޑޮލަރު) މާހަލް ޓުއަރސް އަށްޖަމާކޮށް ފައިވާނެކަމަށެވެ. މިފައިސާއަކީ ޙަޤީޤަތުގައިވެސް އެންޓްރެކ މޯލްޑިވްސް އިން މާހާ ލ ޓުއަރސް 5 4 އަށް ޖަމާކޮށްފައިވާ ފައިސްކަނ ހުށަހަޅާފައިވާ ޗެކުތަކުން އަދި ބޭންކުގެ ސިޓީތަކުން ސާބިތުވެއެވެ. އަދި މާހަލް ޓުއަރސް އިން ވެސް މިފައިސާ ލިބުނު ކަމަކަށް އިންކާރެއް ނުކުރެއެވެ.

32އެންޓްރެކ މޯލްޑިވްސްއިން ދީފައިވާ މި ފައިސާއަކީ އެފަރާތަށް އަނބުރާ ލިބެންޖެހޭ ފައިސާއެއްކަމަށް ބުނާއިރު، އެކަން ސާބިތުކޮށްދިނުމުގެ ގޮތުން އެފަރާތުން ހުށަހަޅާފައިވާ ހެކިތަކަކީ މާހަލް ޓުއަރސްއިން އެންޓްރެކްއަށް ދެއްކި USD$30,000 (ތިރީސ ހާސް ޑޮލަރު) މިއީ އެންޓްރެކ މޯލްޑިވްސް އިން ދިން US$700,000.00 (ހަތް ލައްކަ ޑޮ ލަރު) އަނބުރާ ދެއްކުމުގެ ގޮތުން މާހަލް ޓުއަރސްއިންދިނ ފައިސާކަމަށް ބުން ބުނުމާއި މާހަލް ޓުއަރސް އަށް US$700,000.00 (ހަތް ލައްކަ ޑޮ ލަރު) ދިން ޕޭމަންޓް ވައުޗަރތަކެވެ. މި ޕޭމަންޓް ވައުޗަރ ތަކަށް ބަލާއިރު، 23 ޖަނަވަރީ 3233 ގެ ޕޭމަންޓް ވައުޗަރަކީ USD$300,000.00 (ތިންލައްކަ ޑޮލަރު) ގެ ޗެކް ޕޭމަންޓް ވައުޗަރެކެވެ . މި ވައުޗަރގެ ޕާޓިކިއުލަރސްގައި ލިޔެފައިވަނީ Loans for R Project rihiveli މިފަ ދައިންނެވެ. 32 މާރިޗު 3233 ގެ USD$200,000.00 (ދެލައްކަ ޑޮލަރު)ގެ ޗެކް ޕޭމަންޓް ވައުޗަރގެ ޕާޓިކިއުލަރސްގައި Funds for R Project މިފަދައިން ލިޔެފައިވެއެވެ . އަދި 22 އޮކްޓޫބަރު 3233 ގައި މާހަލް ޓުއަރސް އަށް ދޫކުރި ޗެކް ޕޭމަންޓް ވައުޗަރގައި ދެ ޕޭމަންޓެއް ހިމަނާފައިވެއެވެ. އެއީ Funds for Rihiveli Project (Resort) ކަމަށް ބުނެ USD$185,000.00 (އެއްލައްކަ އަށްޑިހަ އެންޓް ރެކް މޯލްޑިވްސްގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ ނަންބަރު 7703224251002 އެކައުންޓް ނަންބަރުގެ 633 ޗެކު، އަދި މި އަކުންޓްގެ ނަންބަރު 633 ޗެކު އަދި މޮރިޝަނ ބޭންކް އޮފް މޯލްޑިވްސްގެ ނަންބަރު 2252623 ޗެކު. ބޭންކް އޮފްމޯލްޑިވްސްގެ ނަންބަރު BML/LEGAL/2019/691، މޮރިޝަނ ކޮމާޝަލް ބޭންކުގެ ނަންބަރު 1/CA/2019/20-CR-B2، އަދި ސްޓޭޓް ބޭންކް އޮފް އިންޑިއާގެ ރެފަރެންސް ނަންބަރު MST/595, MST/459 ސިޓީ. ފަސްހާސް ޑޮލަރު) އަދ agreement sigining before payment Advance ކަމަށް ބުނެ USD$15,000.00 (ފަނަރަހާސް ޑޮލަރު) މިފަދައިން ވައުޗަރުގެ ޕާޓިކިއުލަރސްގައި ލިޔެފައިވެއެވެ .

33އިސްވެ ބުނެވުނު ޕޭމަންޓް ވައުޗަރތަކަށް މާހަލް ޓުއަރސް އިން ވަނީ އިންކާރުކޮށްފައެވެ. އަދި މި ވައުޗަރ ތަކަކީ އެފަރާތަށް ލިބިފައިވާ ލިޔުންތަކެއް ނޫންކަމާއި މިއީ މާ ފަހުގެ ތާރީޚެއްގައި ސޮއިކޮށްފައިވާ ޕޭމަންޓް ވައުޗަރ ތަކެއްކަމަށް ބުނެ ޖަވާބުދާރީވެފައިވެއެވެ. އެގޮތުން މި ޕޭމަންޓް ވައުޗަރގެ ސައްޙަކަމަށް ބަލާއިރު މި ޕޭމަންޓް ވައުޗަރުތައް ދޫކޮށްފައިވަނީ “Loan” އަދި “Funds” ގެ ގޮތުގައި ކަން އެނގެންއޮވެއެވެ. އަދި މި ޕޭމަންޓް ވައުޗަރ ތައްޔާރުކުރި ފަރާތާއި، އޮތޮރައިޒ ކުރް ފަރާތި އަދި ހަވާލުވި ފަރާތުން ސޮއިކޮށްފައިވެއެވެ. ނަމަވެސް ސޮއި ކުރިފަރާތުގެ ނަމާއި ކުންފުނީގެ ސީލް / ތައްގަނޑެއް ޖަހާފައިނުވެއެވެ.

33. ކިތާބީ ހެކިތަކަކީ evidence) ry(documenta ދުނިޔޭގެ އެންމެހައި ޖުރިސްޑިކްޝަންތަކުންވެސް ބަލައިގަންނަ ބާވަތުގެ ހެކިތަކެކެވެ. އަދި ހުށަހެޅޭ ކިތާބީ ހެއްކަކީ އޭގެ ޒާތުގައި ފުރިހަމަ ކިތާބީ ދަލީލަކަށް ނުވި ކަމުގައިވީނަމަވެސް، އެފަދަ ލިޔުމަކުން ދަޢުވާގެ ޚަސްމަކު ޘާބިތުކުރަން ބޭނުންވާ ކަމެއް ޘބިތުކުރުމުގާ އިހްތިމާލު އޮންނާތީ، އެފަދަ ފުރިހަމަ ނުވާ ކިތާބީ ދަލީލަކީ ހެކިންގެ ހެކިބަހުންނާއި ޤަރީނާއިން ފުރިހަމަ ކުރެވިދާނެ ދަލީލެއްކަން އެނގެންއޮވެއެވެ. ބުނެވުނު ޕޭމަންޓް ވައުޗަރ ތަކުގައި ކުންފުނީގެ ސީލް އަދި ސޮއިކުރި ފަރާތްތަކުގެ ނަން ހިމަނާފައިނުވާތީ މިއީ ފުރިހަމަ ކިތާބީ ހެއްކެއްގެ ގޮތުގައި ނުބެލެވޭނެއެވެ. ނަމަވެސް އެންޓެރެކ މޯލްޑިވްސް އިން މާހަލް ޓުއަރސް އަށް ދޫކޮށްފައިވާ ޗެކް ތަކުގެ ހުރި އަދަދާއި މި ޕޭމަންޓް ވައުޗަރތަކުގައި ހިމަނާފައިވާ އަދަދުތަކާއ ދިމާވި ކަމުން މި ފައިސާއަކީ މާހަލް ޓުއަރސް އަށް ދިން ފައިސާކަން ސާބިތުކުރުމަށް މި ޕޭމަންޓް ވައުޗަރތަކަށް ބުރަދަން ދެވިދާނެއެވެ. އެހެނަސް މި ފައިސާއަކީ އަނބުރާ ސުޕްރީމް ކޯޓުގެ ނަންބަރު 2010/SC-A/02 ޤަޟިއްޔާގެ ފާހަގަކުރެވުނު ކަންކަމުގެ (ޅ) ދައްކަންޖެހޭ ފައިސާއެއްކަމާމެދު އުފެދިފައިވާ ޚުސޫމާތު ސާބިތުކުރުމް ށ މި ޕޭމަންޓް ވައުޗަރތަށ ހެއްކެއްގެ ގޮތުގައި ބަލައިނުގަނެވޭނެއެވެ.

32. އެންޓްރެކް މޯލްޑިވްސް އިން މާހަލް ޓުއަރސއަށް ދީފައިވާ US$700,000.00 (ހަތްލައްކަ އެމެރިކާ ޑޮލަރު) އަށް ޖަވާބުދާރީވަމުން މާހަލް ޓުއަރސް އިން ބުނެފައިވަނީ މި ފައިސާއަކީ ކ. މަހާނައެޅިހުރާ (ރިހިވެލި ރިޒޯޓް) ޓޫރިސްޓް ރިޒޯޓު ސަބްލީސް އެގްރީމަންޓެއްގެ ދަށުން ކުއްޔަށް ނެގުމަށް އެދި އެންޓްރެކް މޯލްޑިވްސްގެ ފަރާތުން ފާޅުކުރި އިންޓްރެސްޓް އަކާއި ގުޅިގެން، އެންޓްރެކ މޯލްޑިވްސް އާއް ގުޅިގެނި އެ ރިސޯޓު ހިންގާނެ ބޭރުގެ ފަރާތެއް ހޯދުމަށް އެފަރާތަށް ފުރުސަތު ދިނުމަށާއި، އެކަމަށްޓަކައި ފުރުސަތު ދިނުމުގެ ގޮތުން އެ ރަށް އެހެން ފަރާތަކަށް ސްބަލީސްނުކޮށް މަޑުޖެއްސުމުގެ މުޤާބިލުގައި، ނނ- ރީފަންޑަބަލް ޕޭމަންޓް އެއްގެ ގޮތުގައި މާހަލް ޓުއަރސް އަށް ދީފައިވާ ފައިސާކަމަށެވެ. އަދި ހަމައެއާއެކު އެންޓްރެކް މޯލްޑިވްސްގެ އެދުމުގެ މަތިން ކ. މަހާނައެޅިހުރާ އެހެން ފަރާތަކަށް ސަބްލީސް ނުކޮށް މާހަލް ޓުއަރސްގެ ފަރާތުން ގާތްގަނޑަކަށް 23 އަހަރާއި 26 މަސްދުވަސް މަޑުކޮށްފައިވާކަމށެވެ.

31. އެންޓްރެކް މޯލްޑިވްސް އިން މާހަލް ޓުއަރސް އާއި ދެމެދު ލިޔުމުން އެއްވެސް އެއްބަސްވުމެއް ވުޖޫދުވެފައިނުވެއެވެ. ހުރިހާ މުޢާމަލާތެއްވެސް ހިނގާފައިވަނީ އަނގަބަހުންނެވެ. އެހެންކަމުން އެންޓްރެކް މޯލްޑިވްސްއަށް އެކްސްކްލޫސިވިޓީ ޕީރިއަޑެއް ދިންކަން ލިޔުމުން ފެންނާކަށް ނެތެވެ. މާހަލް ޓުއަރސްއާއި އެންޓްރެކ މޯލްޑިވްސް އާއް ދެމެދި ކ. މަހާނައެޅިހުރާއާއ ގުޅިގެނި މުޢާމަލާތް ކުރެވި 3233 ވަނަ އަހަރު ފުރުސަތު ދީ އެ ފުރުސަތުގައި އެންޓްރެކ މޯލްޑިވްސް އަށް އިންވެސްޓަރެއް ނުލިބުމުން 3231 ވަނަ އަހަރު މާހަލް ޓުއަރސް އިން ކ. މަހާނައެޅިހުރާ އެހެން ފަރާތަކަށް ސަބްލީސް ކުރިކަމަށް މާހަލް ޓުއަރސްއިން ބުނެއެވެ. އެހެންނަމަވެސް 23 އަހަރާއި 26 މަސްދުވަސް ވަންދެން ކ. މަހާނައެޅިހުރާ (ރިހިވެލި ރިޒޯޓް) ޓޫރިސްޓް ރިޒޯޓު އެހެން ފަރާތަކަށް ސަބްލީސް ނުކޮށް މާހަލް ޓުއަރސް އިން މަޑުކުރި ކަމަށް ބުނާ ބުނުން ފިޔަވައި އެކަން އެފަދައިން އެއްބަސްވިކަން ސާބިތުވާނެ ހ އްކެއ އެފަރާތުން ހުށަހަޅާފައިނުވެއެވެ. އެކްސްލޫސިވިޓީ ޕީރިއަޑެއް އެންޓްރެކް މޯލްޑިވސްއަށ ދިން ކަމަށް މާހަލް ޓުއަރސް އިން ބުނާއިރު މިފަދައިން ދެވޭ އެކްސްލޫސިވިޓީ ޕީރިއަޑަކީ ވަކި މުއްދަތް އ ކަނޑައެޅުމަކާ ނުލައި ދެވުނު ފުރުސަތެއް ކަމަށް ޤަބޫލުކުރުމަކީ ސަބަބުވެރި އިންސާނެއްގެ ބުއްދިއަށް ޤަބޫލުކުރެވޭ ވާހަކައެއް ނޫނެވެ. ލިޔުމުން އެއްބަސްވުމެއް ނެތް ކަމުގައިވީނަމަވެސް އެކްސްލޫސިވިޓީ ޕީރިއަޑެއް ދޭނަމަ އެ އެކްސްލޫސިވިޓީ ޕީރިއަޑެއް ދެވޭ މުއްދަތު ދީ ފަރާތުގެ ދެމެދުގައި ވާހަކަ ދެކެވޭނެއެވެ. އެހެން ނަމަވެސް އެންޓްރެކ މޯލްޑިވްސްއަށް ދެވުނު އެކްސްލޫސިވިޓީ ޕީރިއަޑަކ ކިހާ މުއްދަތެއްގެ ޕީރިއަޑެއް ކަމެއް މާހަލް ޓުއަރސް އަށް ބުނެދެވިފައިނުވެއެވެ. ބަހުސްގެ ބޭނުމަށް މާހަލް ޓުއަރސް އިން އެންޓްރެކ މޯލްޑިވްސް އ ށ އެކްސްލޫސިވިޓީ ޕީރިއަޑެއް ދިން ކަމަށް ބެލިކަމުގައިވީނަމަވެސް، އެކްސްލޫސިވިޓީ ޕީރިއަޑް މުއްދަތުގައި މާހަލް ޓުއަރސް އިން އެއްވެސް ވަރަކަށް އެންޓްރެކ މޯލްޑިވްސް އާއް މުޢާމަލާތު ކުރް ކަނި އެނގޭކަށް ނެތެވެ. މިސާލަކަށް އެކްސްލޫސިވިޓީ ޕީރިއަޑް ނިމުމަކާ ހަމައް ށ އައިރ އެންޓްރެކް މޯލްޑިވްސްގެ ފަރާތުން ވަކި ޖަވާބެއް ނުލިބުމުން މާހަލް ޓުއަރސްގެ ފަރާތުނެއެކަމ ގުޅިގެނާ އެއްވްސ ކަންބޮޑުވުމެއް ފާޅުކޮށްފައިނުވެއެވެ.އަދި އެކްސްލޫސިވިޓީ ޕީރިއަޑް ހަމަވުމުންއެމުއްދަތު ހަމަވިކަން އެފަދައިން އެންޓްރެކ މޯލްޑިވްސްއަށް އަންގައެ ދ ފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުން ނިމުމަށް ގެނވުނ ވާހަކައާއި، ކ. މަހާނައެޅިހުރ އެހެން ފަރާތަކަށިސަބްލީސ ކުރުމަށް ނިންމިކަން އެންޓްރެކ މޯލްޑިވްސް އަށް އަންގާފައިވާކަން އެނގޭކަށް ނެތެވެ. އެހެންކަމުން މާހަލް ޓުއަރސް އިން ކ. މަހާނައެޅި ހުރާ (ރިހިވެލި ރިޒޯޓް) ޓޫރިސްޓް ރިޒޯޓު ސަބްލީސް ނުކޮށް މަޑުކުރި23 އަހަރާއް26 މަސްދުވަހަކީ މި އެކްސްލޫސިވ ޕީރިއަޑް ކަމުގައި ބަލާނެ ޤާނޫނީ ހަމައެއް ނެތެވެ.

35މާހަލް ޓުއަރސްގެ ފަރާތުން އެންޓްރެކް މޯލްޑިވްސްއަށް ދީފައިވާ USD$30,000 (ތިރީސްހާސް ޑޮލަރު) އަކީ އެންޓްރެކް މޯލްޑިވްސް އިން މާހަލް ޓުއަރސް އަށް ދީފައިވާ US$700,000.00 (ހަތްލައްކަ އެމެރިކާ ޑޮލަރު) އަނބުރާ ދެއްކުމުގެ ގޮތުން މާހަލް ޓުއަރސް އިން ރައްދުކުރި ފައިސާ ކަމަށް އެންޓްރެކް މޯލްޑިވްސް އިން ބުނާ ބުނމަށްވެސު މާހަލް ޓުއަރސްގެ ފަރާތުން އިންކާރު ކުރެއެވެ. އަދި މި ފައިސާއަކީ ޚުޞޫމާތު އުފެދިފައިވާ US$700,000.00 (ހަތްލައްކަ އެމެރިކާ ޑޮލަރު)ގެ ބޭރުން އެންޓްރެކް މޯލްޑިވްސްއާއި މާހަލް ޓުއަރސްގެ ޑިރެކްޓަރުންތަކަކާއ އެކި ކުރެވިފައިވާ މުޢާމަލާތްތަކާއި ގުޅިގެން ދައްކާފައިވާ ފައިސާތަކެއކް މަށަ ބުނެފައިވެއެވެ. އެހެންނަމަވެސް މިފަދައިން މާހަލް ޓުއަރސް ގެ ޑިރެކްޓަރުންނާއި އެކީ ކުރެވިފައިވާ މުޢާމަލާތްތަކަކީ ކޮބައިކަމާއި މި USD$30,000 (ތިރީސްހާސް ޑޮލަރު)ގެ ފައިސާގެ މުޢާމަލާތާއި ގުޅޭ އެއްވެސް ލިޔެކިޔުމެއްމާހަލް ޓުއަރސްގެ ރިކޯޑްސްތަކުން ފެންނަން ނެތްކަމަށް މާހަލް ޓުއަރސްގެ ފަރާތުން ސިވިލް ކޯޓުގައި ބަޔާންދީފައިވާކަނ މައްސަލް ނިމުނަ ގޮތުގު ރިޕޯޓަށް ބެލުމުން އެނގެއެވެ. އެހެންކަމުން މި ފައިސާގެ މުޢާމަލާތާއި ގުޅިގެން މާހަލް ޓުއަރސް އިން ބުނާ ބުނުން ފިޔަވައި އިތުރު އެއްވެސް ހެއްކެއް ހުށަހަޅާފައިނުވކާ ންވެސް އެނގެއެވެ. މަދަނީ ޚުޞޫމާތުތަކުގައި ސާބިތުކުރުމުގެ ބުރަ (onus probandi)

36އިސްތިއުނާފު ކުރެވިފައިވާ މައްސަލައިގައި އެންޓްރެކް މޯލްޑިވްސްގެ ފަރާތުން ސިވިލްކޯޓުގެ ނަންބަރު 2588/Cv-C/2018 ޤަޟިއްޔާގައި ހޯދުމަށް ދޢަ ވާކޮށްފައިވާ ފައިސާއަކީ އެދެފަރާތުގެ ދެމެދުގައި ވެފައިވާކަމަށް ބުނާ އެއްބަސްވުމުގެ ދަށުން އެފަރާތަށް ލިބެންޖެހޭ ފައިސާއެއްކަމަށް މަދަނީ މިންގަނޑުން ސާބިތުކޮށްދިނުމުގެ ބުރަ އުފުލަންޖެހޭ ފަރާތަކީ އެ ދަޢުވާއެއް ކުރާ ފަރާތްކަމަށް މާހަލް ޓުއަރސް އިން ބުނެފައިވެއެވެ.

33. ސުޕްރީމްކޯޓުގެ ނަންބަރު 2010/SC-A/02 ގައި މަދަނީ ޚުޞޫމާތްތަތަކުގައި ސާބިތުކުރުމުގެ ބުރަ އުފުލުމަކީ ދަޢުވާކުރާ ފަރާތުގެ މަސްއޫލިއްޔަތެއްކަމާއި އެގޮތުން ދަޢުވާކުރާ ފަރާތަކީ ހަމައެކަނި ދަޢުވާ ކޯޓަށް އުފުލާފަރާތް ނޫންކަމާއި، ދަޢުވާ ރައްދުވާ ފަރާތުން ދަޢުވާގެ ދިފާޢުގައި ކުރާދިފާޢ ދަޢުވީ ސާބިތު ކުރުމަކީ އެފަރާތުގެ މަސްޢޫލިއްޔަތެއް ކަމާއި، އެހެންކަމުން ދަޢުވާގައި އެއް ޚަޞްމު އަނެއް ޚަޞްމާ ކުރިމަތި ކުރާ ދަފްޢު ސާބިތުކުރުމުގެ މަސްއޫލިއްޔަތު އުފުލަންޖެހޭ ފަރާތަކީ އެދަފްޢެއްކުރިމަތް ކުރާފަރާތެ ކަމަށ ބަޔާންކޮށްފައިވެއެވ .

32. މަދަނީ ޚުޞޫމާތުތަކުގައި ސާބިތު ކުރުމުގެ ބުރަ އުފުލުމާއި ގުޅޭގޮތުން ސުޕްރީމްކޯޓުގެ ނަންބަރު -2018/SC A/45 ޤަޟިއްޔާގައި ފާހަގަކޮށްފައިވަނީއަންނަވި ފަދައިންނެވެ. ފައިސް މުޢާމަލާތާ ކުރެވޭ މައްސަލަތަކުގައި އެ ފައިސާއަކީ ދަރަންޏަށް ދިން ފައިސާ ނޫންކަމަށް ބުނާ ޙާލަތުގައި އެއީ ދަރަންޏެއާ ތޯ ނުވަތަ ނޫންތޯ ސާބިތުކޮށްދިނުމުގެ ޒިންމާ މަތިކުރެވިފައިވަނީ ކޮން ފަރާތެއްގެ މައްޗަށްތޯ ސުވާލު އެފިދައިވާ ހިނދު މީހަކަށް ލިބިފައިވާކަން ސާބިތުވާ ފައިސާއަކީ އަނބުރާ ދައްކާގޮތަށް ލިބިފައިވާ ފައިސއެއާ ނޫންކަމަށް އެމީހަކު ބުނާނަމަ، އެ ފައިސާއަކީ ހަދީޔާއެއްގ ގޮތުގައު ލިބުނު އެއްޗެއްކަން ނުވަތަ އެފައިސާއަކީ ދެފަރާތުގެ މެދުގައި ކުރެވުނު މުޢާމަލާތަކުން ނުވަތަ އެފަދަ އެހެންވެސް ގޮތަކުން، ފައިސާ ލިބުނު ފަރާތުގު ޙައްޤެއް އޭގެ މައްޗަށް އޮތް ފައިސާއެއް ކަން ސާބިތުކޮށް ދިނުމުގެ ބުރަ އުފުލަންޖެހޭނީ ފައިސ ލިބުނު ފަރާތންކަމަށެވ . އެހެންކަމުން މި ޤަޟިއްޔާގައި ބުނެފައިވާ ޤާނޫނީ ހަމަ މި މައްސަލައަށް ތޠަ ބީޤް ކުރާއިރު މާހަލް ޓުއަރސްއަށ ފައިސް ލިބާ މި ފައިސާއަކީ އަނބުރާ ދައްކާގޮތަށް އެންޓްރެކް މޯލްޑިވެސްގެ ފަރާތުން ދިން ދަރަންޏެއް ނޫންކަމަށް ބުނާ ބުނުން ސާބިތުކުރުމުގެ ބުރަ އުފުލަންޖެހޭ ފަރާތަކީ މާހަލް ޓުއަރސްއެވެ. މައްސަލައިގެ ނިންމުމަށް ވާޞިލްވުމުގައި ޕޭމަންޓް ވައުޗަރތަކަށް ބުރަދަން ދެވިފައިވޭތޯ ނުވަތަ ނޫންތޯ ބެލުން

33. އިސްވެ ފާހަގަކުރެވުނު ފަދައިން އެންޓްރެކް މޯލްޑިވްސްގެ ފަރާތުން ހުށަހަޅާފައިވާ ޕޭމަންޓް ވައުޗަރ ތަކަށް މާހަލް ޓުއަރސް އިން އިންކާރުކުރެއެވެ. އަދި ހަމައެއާއެކު މި ޕޭމަންޓް ވައުޗަރ ތަކަކީ އެއަށް ޤާނޫނީ ބުރަދަން ސުޕްރީމްކޯޓުގެ ނަންބަރު 2010/SC-A/02 ޤަޟިއްޔާ (އަޙްމަދު ނާޝިދު ވ މުޙައްމަދު މުސްޠަފާ) ސުޕްރީމްކޯޓުގެ ނަންބަރު 2018/SC-A/45 ޤަޟިއްޔާ (ޢަލީ ޝަރީފު ވ އުއްމުސަލްމާ) ދެވިދާނެ ލިޔުން ތަކެއް ނޫންކަންވެސް އިސްވެ ބަޔާންވެ ހިގައްޖެއެވެ. ސިވިލް ކޯޓުން މައްސަލައިގެ ނިންމުމަށް ވާސިލްވުމަށް އެ ންޓްރެކް މޯލްޑިވްސްގެ ފަރާތުން ހުށަހަޅާފައިވާ ޕޭމަންޓް ވައުޗަރ ތަކަށް ބުރަދަންދީފައިވާ ކަމަށް މާހަލް ޓުއަރސް އިން ބުނާއިރު، އެންޓްރެކ މޯލްޑިވްސް ގެ ފަރާތުން މާހަލް ޓުއަރސް އަށް ދިން US$700,000.00 (ހަތްލައްކަ އެމެރިކާ ޑޮލަރު) އަކީ އަނބުރާ ދައްކަންޖެހޭ ފައސާއި އެކަމަށް ސިވިލް ކޯޓުން ކަނޑައަޅާފައިވަނީ، ފައިސާގެ މުޢާމަލާތާއި ގުޅިގެން އެ ފައިސު އަކް އަނބުރާ ދައްކާ ގޮތަށް ނުވަތަ އަނބުރާ ނުދައްކާގޮތަށް ދެވުނު ފައިސާކަން ޝަރީޢަތަށް ސާބިތުކޮށްދިނުމުގެ ގޮތުން އެންޓްރެކ މޯލްޑިވްސް އަދި މާހަލް ޓުއަރސް މި ދެފަރާތުން ކުރެ އެއްވެސް ފަރާތުން ލިޔެކިޔުމެއް ހުށަހަޅާފައިނުވާތީ، ޝަރުއީ ގޮތުން ޚަރަދުދީ ބެލެހެއްޓުމުގެ ޒިންމާއެއް ނެތްފަރާތްތަކެއްގެ މެދުގައި އެއްފަރާތުން އަނެއްފަރާތަށް ދޭ ފައިސާއަކީ އަނބެރާ ދޭންނުޖެހޭ ގޮތަށް ތަބައްރުޢާއްގ ގޮތުގައެ ދީފައިވާ ފައިސާއެއްކަން އެނގެނާ ނެތްނަމަ، އަދި ފައިސާ ދިން ފަރާތުން އެ ފައިސ މަޢާފްކޮށްނުދޭހާ ހިނދަކު އަޞްލުގޮތަކީ އެފައިސާ ނެގިފަރާތުން އެފައިސާ ދިން ފަރާތަށް އަނބުރާ ރައްދުކުރަންޖެހޭ ދަރަންޏެއް ގޮތުގައި އޮތުންކަމަށް ބަލައިގެންނާއި، އެ ފައިސާއަކީ އަނބުރާ ދައްކަން ނުޖެހޭ ގޮތަށް ތަބައްރް ޢުއެއްގ ގޮތުނެ ދީފައިވާ ފައިސާއެއްކަން ޘާބިތުކޮށްދިނުމަކީ މާހަލް ޓުއަރސްގެ ޒިންމާއެއްކަމަށްވީއިރު، އެފަދައިން މާހަލް ޓެއަރސްއަށް ސާބިތުކޮށްނުދެވުމުންކަނ މައްސަލް ރިޕޯޓުން އެނގެންއޮވެއެވ.

32. މި މައްސަލައިގެ ވަށައިގެންވާ ހުރިހާ ކަމަކަށް ރިޢާޔަތްކުރާއިރު ފ ންނަނ ހުރް ހަޤީޤަތްތަކީ މާހަލް ޓުއަރސް އާއި އެންޓްރެކ މޯލްޑިވްސް އާއް ދެމެދި ކ. މަހާނައެޅިހުރާ (ރިހިވެލި ރިޒޯޓް) ޓޫރިސްޓް ރިޒޯޓުގެ ސަބްލީސް ޕެރެގްރާޕް ނަންބަރު 33 ސިވިލް ކޯޓު ނަންބަރު 2588/Cv-C/2018 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ ފާހަގަކުރެވުން ކަންކަމުގެ (2)ގެ (ނ) އެއްބަސްވުމެއް ވެފައިވާކަމެވެ. އަދި މި މި އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން US$700,000.00 (ހަތްލައްކަ އެމެރިކާ ޑޮލަރު) އެން ޓްރެކ މޯލްޑިވްސް އިން މާހަލް ޓުއަރސް އަށް ދީފައިވާކަމެވެ.

33. މާހަލް ޓުއަރސް އާއި އެންޓްރެކް މޯލްޑިވްސް ކުރެވުނު މުޢާމަލާތާއި ގުޅިގެން US$700,000.00 (ހަތްލައްކަ އެމެރިކާ ޑޮލަރު) އެންޓްރެކ މޯލްޑިވްސް އިން ދީފައިވާ އިރު މިއީ ފައިސގާ ނިސްބަތުން ކުޑަ އަދަދެއްނޫނެވެ. އަދި މިފަދަ ބޮޑެތި އަދަދުން ފައިސާގެ މުޢާމަލާތް ކުރާއިރު އެއްވެސް ފަރާތަކުން އެފަރާތަށް ގެއްލުން ވާނެ ގޮތަށް ފައިސާ އިންވެސްޓް ކުރުން ނުވަތަ މިއީ އެފަރާތުން ދިން ހަދިޔާއެއްކަމަށް ބަލައިގަތުމަކީ ބުއްދި ޤަބޫލުކުރާ ކަމެއް ނޫނެވެ.

33. މާހަލް ޓުއަރސް އާއި އެންޓްރެކ މޯލްޑިވްސް އާއް ދެމެދު ހިނގާފައިވާ US$700,000.00 (ހަތްލައްކަ އެމެރިކާ ޑޮލަރު) ފައިސާގެ މުޢާމަލާތަކީ ކ. މަހާނައެޅިހުރާ (ރިހިވެލި ރިޒޯޓް) ޓޫރިސްޓް ރިޒޯޓުގެ ސަބްލީސްގެ ޑްރާފްޓް އެގްރީމަންޓްގައި ސޮއިކޮށް އެ މުޢާމަލާތް އެފަދައިން ކުރިއަށްދާނެ ކަމަށް ބަލައި ގެން އެ ޔަގީންކަމުގައި ދިން ފައިސާ ކަމަށް ޝަރީޢަތަށް ބޮޑަށް ބުރަވެއެވެ. އަދި އެއްބަސްވުމާއި އެއްގޮތަށް އެންޓްރެކް މޯލްޑިވްސް އަށް ކ. މަހާނައެޅިހުރާގެ (ރިހިވެލި ރިޒޯޓް) ޓޫރިސްޓް ރިޒޯޓުގެ ސަބްލީސްގެ އެންޓްރެކ މޯލްޑިވްސްއަށް ނުދީ އެހެން ފަރާތަކަށް ދިނުމަކީ އެދެމެދުގައި ވެފައިވާ އެއްބަސްވުން މާހަލް ޓުއރަސ އިން ޚިލާފުވީކަމަށް ބެލެވޭނެ ކަމެކެވެ. މި ޙާލަތުގައި އެއްބަސްވުން ދެމިއޮންނާނެ ކަމަށް ބަރޯސާ ވެގެން އެ އެއްބަސްވުމުގެ ޔަގީންކަމުގައި އެންޓެރެކ މޯލްޑިވްސްއިން މާހަލް ޓުއރސްއަށަ ދީފައިވާ ފައިސާއަކީ އެންޓްރެކ މޯލްޑިވްސް އަށް އަނބުރާ ލިބެންޖެހޭ ފައިސާކަމަށްވެސ ޝަރީއަތަށް ޤަބޫލުކުރެވެއެވެ.

32. ވީމާ، އިސްވެ ފާހަގަކުރެވުނު ކަންކަން އެގޮތުގެ މަތިން ހުރުމުން ސިވިލް ކޯޓު ނަންބަރު 2588/Cv-C/2018 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް އެދި މާހަލް ޓުއަރސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ރިޢާޔަތްކޮށް، އެ ޤަޟިއްޔާގައި ނިންމަވާފައިވާ ނިންމުމަށް ބަދަލު ގެންނަންޖެހޭ ޝަރުޢީ އަދި ޤާނޫނީ ސަބަބެއް ނެތްކަމަށް މި ޤަޟިއްޔާ ބެލި ފަނޑޔި ރުންނަށް އިއްތާ ފާޤުވެވުނެވެ.

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

ޝަރީޢަތުގެ ވީޑިއޯ

މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.

ޝެއަރ ކުރައްވާ