ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
2019/HC-A/451

ޢަބްދުއްރަޙީމް އިސްމާޢިލް ވ. ތ. ވިލުފުށީ ކައުންސިލް އިދާރާ

ބައެއް ބަދަލުކުރި
ސުޕްރީމް ކޯޓަށް އިސްތިއުނާފުކޮށްފައި ނުވޭ · ރަޖިސްޓްރީ ބެލީ 15 އޮކްޓޫބަރު 2026ޙުކުމުގެ ހާލަތު
ހައިކޯޓު · 8 ޑިސެމްބަރު 2021ދަށު ކޯޓު: ތ. ވިލުފުށީ މެޖިސްޓްރޭޓް ކޯޓު 07/N2C/2017ބާވަތް: މަދަނީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
ތ. ވިލުފުށީ މެޖިސްޓްރޭޓް ކޯޓު 07/N2C/2017
ފަހުގެ ތާރީޚު
ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް

ކޯ ޓާމްސް

ޚުލާޞާ

ކޯޓުން ނިންމަން ޖެހުނު ސުވާލު
ދޯނި ކުއްޔަށް ދިނުމުގެ އެއްބަސްވުމެއްގެ ދަށުން ނުދައްކާ ކުލި ދައްކަންޖެހޭކަމަށް ކަނޑައެޅުން ރަނގަޅުތޯ (ކުލި ދެއްކިކަން ސާބިތުކުރުމުގެ ބާރު)، އަދި ކުލި ލަސްވުމުން ދުވާލަކު ކުލީގެ %10 ޖޫރިމަނާ ނެގުމުގެ ޝަރުޠަކީ ނެގިދާނެ ލިކުއިޑޭޓެޑް ޑެމޭޖަސްތޯ ނުވަތަ ޕެނަލްޓީ ކްލޯޒްއެއްތޯ.

ނިންމުން

ބައެއް ބަދަލުކުރި

ބައެއް ބަދަލުކުރި (ކުލި ދައްކަންޖެހޭ ބައި ޤާއިމް، ޖޫރިމަނާގެ ފައިސާ ދައްކަންޖެހޭ ބައި ބާޠިލު)

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 ކުއްޔަށް ދިން ފަރާތުން ކުލި ނުލިބޭކަމަށް ދަޢުވާކުރާނަމަ، ކުލި ދެއްކިކަމުގެ ދަފްޢު ސާބިތުކޮށްދޭންޖެހޭނީ ކުއްޔަށް ހިފި ފަރާތެވެ. ކޯޓުން ފުރުޞަތު ދީގެންވެސް ހެކި ހުށަނޭޅުނަމަ، އެ މުއްދަތުގައި ކުލި ދައްކާފައިވާކަމަށް ނުބެލެވޭނެއެވެ.

HN2 ކޯޓަށް ހުށަހެޅޭ މައްސަލައެއްގައި ކަމެއް ހާމަކޮށް ހެކި ހުށަހެޅުމުގެ ޒިންމާ އޮންނަނީ އެކަމެއް ސާބިތުކުރަން އެދޭ ފަރާތުގެ މައްޗަށެވެ. ދަށުކޯޓުގައި ފުރުޞަތު ލިބިގެން ހުރެ ފަރުވާކުޑަކޮށް ހުށަނޭޅި ދިޔަ ހެއްކެއް ނުވަތަ ދަފްޢެއް އިސްތިއުނާފީ މަރުޙަލާގައި ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެއެވެ. ހައިކޯޓުން މައްސަލަ ބަލާނީ ދަށުކޯޓަށް ހުށަހެޅުނު ހެކިތަކާއި ދިފާޢުތައް އަސާސްކޮށްގެންނެވެ.

HN3 ކުލި ދައްކަންޖެހޭކަން ކުއްޔަށް ހިފި ފަރާތް ލިޔުމުން އިޤްރާރުވެފައިވާއިރު އެ ފައިސާ ދެއްކިކަން ސާބިތުނުކުރެވޭނަމަ، ފަހުގެ މަހެއްގެ ކުއްޔާއި ޖޫރިމަނާ ބަލައިގަތުމަކީ ކުރީގެ މަސްތަކުގެ ކުލި ދައްކާ ޚަލާސްކޮށްފައިވާކަމުގެ ޙުއްޖަތެއް ނޫނެވެ.

HN4 އެއްބަސްވުމުގައިވާ ޖޫރިމަނާގެ ޝަރުޠެއް ނެގިދާނީ އެއީ އެއްބަސްވުމާ ޚިލާފުވުމުން ލިބޭ ގެއްލުމުގެ އެކަށީގެންވާ އަންދާޒާއެއް (ލިކުއިޑޭޓެޑް ޑެމޭޖަސް) ނަމައެވެ. އެއީ ޚިލާފުވާ ފަރާތަށް ޢުޤޫބާތެއް ކުރިމަތިކުރުމުގެ ގޮތުން ހިމަނާފައިވާ ޕެނަލްޓީ ކްލޯޒެއްތޯ ދެނެގަންނަންވާނީ ސުޕްރީމް ކޯޓުގެ ޙަސަން ޢަލިމަނިކު ވ. އަޙްމަދު ޖަނާޙް [2021] SC 50 ގައި ބަޔާންކޮށްފައިވާ މިންގަނޑުތަކުގެ އަލީގައެވެ.

HN5 ކުލި ލަސްވާ ކޮންމެ ދުވަހަކަށް ދުވާލަކަށްޖެހޭ ކުލީގެ %10 ޖޫރިމަނާވާ ޝަރުޠަކީ ގެއްލުމުގެ އަންދާޒާއެއްގެ ގޮތުގައި ހިމެނޭ މާއްދާއެއް ނޫން، ޕެނަލްޓީ ކްލޯޒެއްކަމުން، އެ ޝަރުޠުގެ ދަށުން ނަގާ ޖޫރިމަނާގެ ފައިސާއަކީ ނަގައިދެވޭނެ ފައިސާއެއް ނޫނެވެ.

ވަކީލުންނާއި ފަނޑިޔާރުން

ވަކީލުން
—
ބެންޗު
ޢަލީ ސަމީރު، ޝުޢައިބު ޙުސައިން ޒަކަރިއްޔާ، ޢަބްދުއްރައޫފު އިބްރާހީމް
ރިޔާސަތު
—
ރައުޔު ލިޔުނު ފަނޑިޔާރު
ޢަލީ ސަމީރު · ތާއީދުކުރެއްވީ: ޝުޢައިބު ޙުސައިން ޒަކަރިއްޔާ، ޢަބްދުއްރައޫފު އިބްރާހީމް
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

1ކޮޅުމަޑުލު ވިލުފުށީ ރަށްކުރިއަރުވާ ކޮމެޓީގެ ނަމުގައި ރަޖިސްޓްރީ ކުރެވިފައިވާ ރަޖިސްޓްރީ ނަންބަރު N-02-01-G1453B "ވިލުރޯދި" ދޯނި ކުއްޔަށް ދިނުމާބެހޭ އެއްބަސްވުމެއް، ކޮޅުމަޑުލު ވިލުފުށީ އޮފީހާއި ތ.ވިލުފުށި/ ޖަހާމުގުރިގެ ޢަބްދުއްރަޙީމް އިސްމާޢީލްއާއި ދެމެދު 21 އޮކްޓބަރޯ 2010 މި ތާރީޚުގައި ވެވުނެވެ.

2ބުނެވުނު އެއްބަސްވުމުގައި، ވިލުރޯދ ދޯނި ޢަބްދުއްރަޙީމް އިސްމާޢީލްއަށް ކުއްޔަށް ދިނުމުން މަހު ކުއްޔެއްގެ ގޮތުން މަހަކު -23,650/ރ. (ތޭވީސްހާސް ހަސަތޭކަ ފަންސާސް ރުފިޔާ) ޢަބްދުއްރަޙީމް އިސްމާޢީލްގެ ފަރާތުން ކޮޅުމަޑުލު ވިލުފުށީ އޮފީހަށް ދެއްކުމަށް ޢަބްދުއްރަޙީމް އިސްމާޢީލް އެއްބަސްވެފައިވެއެވެ.

3ކޮޅުމަޑުލު ވިލުފުށީ ކައުންސިލްގެ އިދާރާގެ ފަރާތުން، ޢަބްދުއްރަޙީމް އިސްމާޢީލްގެ މައްޗަށް ރައްދުވާގޮތަށް ކޮޅުމަޑުލު ވިލުފުށީ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅި މައްސަލައަކީ، ވިލުރޯދ ދޯނި ކުއްޔަށް ހިފުމުގެ އެއްބަސްވުމުގައި ބުނާގޮތާއި އެއްގޮތަށް ވިލުރޯދި ދޯނީގެ 2014 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން ޑިސެމްބަރު މަހުގެ ނިޔަލަށާއި، 2015 ވަނަ އަހަރުގެ ފެބްރުވަރީ މަހުން ފެށިގެން އޭޕްރީލް މަހުގެ ނިޔަލަށް، މުޅިއެކު 07 (ހަތެއް) މަސްދުވަހުގެ ކުލި ޢަބްދުއްރަޙީމް އިސްމާޢީލްގެ ފަރާތުން ދައްކާފައިނުވާތީ، އެ ނަންބަރު 2N/VRD/2010/01-B އެއްބަސްވުން. އެއްބަސްވުމުގެ 3 ވަނަ މާއްދާ. މުއްދަތުގައި ދޯނީގެ ކުއްޔަށްވ 145053.33ރ. (އެއްލައްކަ ސާޅީސް ފަސްހާސް ފަންސާސް ތިންރުފިޔާ ތިރީސް ތިން ލާރި) އާއި، އެފައިސާ ދައްކާފައިނުވާތީ ޖޫރިމަނާގެ ގޮތުގައި އަރާފައިވާ 56298.30 (ފަންސާސ ހަހާސް ދުއިސައްތަ ނުވަދިހަ އަށްރުފިޔާ ތިރީސް ލާރި) އާއި އެކު ޖުމްލަ 201351.63 (ދެލައްކަ އެއްހާސް ތިންސަތޭކަ ފަންސާސް އެއްރުފިޔާ ފަސްދޮޅަސް ތިންލާރި) ޢަބްދުއްރަޙީމް އިސްމާޢީލްގެ އަތުން ހޯދުމަށާއި، މދޯނި ކައުންސިލާއި ޙަވާލުކުރިއިރު އެއްބަސްވުމާއއެއްގޮތަށި ޢަބްދުއްރަޙީމް އިސްމާޢީލްގެ ފަރާތުން ޙަވާލުކުރަންޖެހޭ ތަކެތީގެ ތެރެއިން ޙަވާލުކޮށްފައިނުވާ ތަކެތިކަމުގައިވާ 4.2 ކޭ.ވީ.އޭ ގެ 1 ޖަނަރޭޓަރާއި، 12 ވޯޓުގެ 1 (އެކެއް) މެއިންޓަނަންސް ފްރީ ބެޓެރީ ޝަރީޢަތް މެދުވެރިކޮށް ޢަބްދުއްރަޙީމް އިސްމާޢީލްގެ ކިބައިން ހޯދުމަށް އެދި ހުށަހެޅި މައްސަލައެވެ. ކޮޅުމަޑުލު ވިލުފުށީ ކައުންސިލްގެ އިދާރާގެ ފަރާތުން ހުށަހެޅި އެ މައްސަލަ ބަލާފައިވަނީ ކޮޅުމަޑުލު ވިލުފުށީ މެޖިސްޓްރޭޓް ކޯޓު ގެ ނަންބަރު 07/N2C/2017 ޤަޟިއްޔާ އިންނެވެ.

4މިއީ ކޮޅުމަޑުލު ވިލުފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 07/N2C/2017 ޤަޟިއްޔާ ނިމިފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތް ނުވާކަމަށް ބުނެ އެޤަޟިއްޔާ އިސްތިއުނާފ ކޮށްދިނުން އެދި ޢަބްދުއްރަޙީމް އިސްމާޢީލް ޖަހާމުގުރިގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެވެ. މިޤަޟިއްޔާގައި އިސްތިއުނާފ ރައްދުވް ފަރާތަކީ ކޮޅުމަޑުލު ވިލުފުށީ ކައުންސިލްގެ އިދާރާ އެވެ. ކޮޅުމަޑުލު ވިލުފުށީ މެޖިސްޓްރޭޓް ކޯޓނު ނިންމިގޮތް:

5ކޮޅުމަޑުލު ވިލުފުށީ މެޖިސްޓްރޭޓް ކޯޓު ގެ ނަންބަރު 07/N2C/2017 ޤަޟިއްޔާގައި އެކޯޓުން ޙުކުމްކުރައްވާފައިވަނީ، ".... ތ.ވިލުފުށި ކައުންސިލްގެ އިދާރާއާއި، ތ.ވިލުފުށި ޖަހާމުގުރިގޭ ޢަބްދުއްރަޙީމް އިސްމާޢީލްއާއި ދެމެދުގައި ވެފައިވާ "ދޯނި ކުއްޔަށް ދިނުމާބެހޭ އެއްބަސްވުން" 1 އޭޕްރީލް 2015 ވަނަ ދުވަހު ބާޠިލްވެފައިވާއިރު، އެދޯނީގ ކުލީގެ ތެރެއިން ދައްކަންޖެހި ނުދައްކާވާ 6 (ހައެއް ) މަސްދުވަހުގެ ކުއްޔާއި އެއްދުވަހުގެ ކުލި ކަމުގައިވާ 142688.33 (އެއްލައްކަ ސާޅީސް ދެހާސް ހަސަތޭކަ އަށްޑިހަ އަށް ރުފިޔާ ތިރީސް ތިން ލާރި) އާއި އެއްބަސްވުމާއި އެއްގޮތަށް ފައިސާ ނުދެއްކުމުން އަރާފައިވާ ޖޫރިމަނާ ފައިސާ 56298.30 (ފަންސާސހް ހާސަ ދުއިސައްތަ ނުވަދިހަ އަށް ރުފިޔާ ތިރީސް ލާރި) އާއި ވިލުރޯދި ދޯނި ދަޢުވާލިބޭ ފަރާތަށް ކުއްޔަށްދިން އިރު ދޯނީގެ އިންވެންޓްރީގައި ހުރި ތަކެތީގެ ތެރެއިން ނުލިބިވާ އެއް ޖަނަރޭޓަރު (4.2 ކޭ.ވީ މޮޑެލް 5000 މެލްގާ) އާއި ނުލިބިވާ އެއް ބެޓެރި (މެއިންޓަނަންސް ފްރީ ވީ 12) އަކީ ދަޢވު ލިބާ ފަރާތުން ދަޢުވާ ކުރާ ފަރާތަށް ދައްކަންޖެހި ނުދައްކާވާ ފައިސާއާއި ތަކެތިކަން، ހުށަހެޅިފައިވު މުސްތަނަދުތަކުންނާއި ދެފަރާތުގެ ބަހަށްބަލައި މަދަނީ މިންގަނޑުތަކުން ޝަރީޢަތަށް ސާބިތުވާކަމަށް ކަނޑައަޅައި، ބުނެވުނު 142688.33 (އެއްލައްކަ ސާޅީސް ދެހާސް ހަސަތޭކ އަށްޑިހަ އަށަ ރުފިޔް ތިރީސް ތިން ލާރި) އާއި އެއްބަސްވުމާއި އެއްގޮތަށް ފައިސާ ނުދެއްކުމުން އަރާފައިވާ ޖޫރިމަނާ ފައިސާ 56298.30 (ފަންސާސްހަހާސް ދުއިސައްތަ ނުވަދިހަ އަށް ރުފިޔާ ތިރީސް ލާރި) ދަޢުވާކުރާ ކޮޅުމަޑުލު ވިލުފުށީ ކައުންސިލްގެ އިދާރާއަށް ލިބިދިނުމުގެ ގޮތުނު 22 ޖޫން 2019 އިން ފެށިގެން 06 (ހައެއް) މަސްދުވަހުގެ ތެރޭގައި ކޮންމެ މަހަކު އެމަހަކަށް ޖެހޭ ވަރަށްވުރެ މަދުނޫން މިންވަރެއް މިކޯޓަށް (ކޮޅުމޑުލަ ވިލުފުށީ މެޖިސްޓްރޭޓް ކޯޓަށް) ދައްކާ ޚަލާސްކުރުމަށާއި، ވިލުރޯދ ދޯނި ދަޢުވާލިބޭ ފަރާތަށް ކުއްޔަށްދިން އިރު ދޯނީގެ އިންވެންޓްރީގައި ހުރި ތަކެތީގެ ތެރެއިން ނުލިބިވާ އެއް ޖަނަރޭޓަރު (4.2 ކޭ.ވީ މޮޑެލް 5000 މެލްގާ) އާއި ނުލިބިވާ އެއް ބެޓެރީ (މެއިންޓަނަންސް ފްރީ ވީ 12) ނުވަތަ އެތަކެއްޗާއި މެދު ދެފަރާތުން ޤަބޫލުކުރާ އަގެއް ދަޢުވާކުރާ ކޮޅުމަޑުލު ވިލުފުށީ ކައުންސިލްގެ އިދާރާއަށް ލިބިދިނުމުގެ ގޮތުނި 22 ޖޫން 2019 އިން ފެށިގެން 02 (ދޭއް) މަސްދުވަހުގެ ތެރޭގައި މިކޯޓަށް (ކޮޅުމަޑުލު ވިލުފުށީ މެޖިސްޓްރޭޓް ކޯޓަށް) ދައްކާ ޚަލާސްކުރުމަށ ދަޢުވާލިބޭ ޢަބްދުއްރަޙީމް އިސްމާޢީލްއަށް އަންގައި ޙުކުމްކޮށްފީމެވެ." އިސްތިއުނާފު ކުރުމަށް ހުށަހެޅި ނުކުތާތައް:

6ކޮޅުމަޑުލު ވިލުފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 07/N2C/2017 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާ ކަމަށް ބުނެ އެޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އެދި ޢަބްދުއްރަޙީމް އިސްމާޢީލް ޖަހާމުގުރިގެ ފަރާތުން ހުށަހަޅާފައިވަނީ އަންނަނިވި ނުކުތާއެވެ. އެ ގޮތުން ހުށަހަޅާފައިވާ ނުކުތާއަކީ؛

6.1. ކޮޅުމަޑުލު ވިލުފުށީ މެޖިސޓްރޭޓ ކޯޓުން މި މައްސަލް ނިންމާފައިވަނީ ދެފަރާތުގެ ދެމެދުގައި 1 އޮކްޓޯބަރު 2010 ވަނަ ދުވަހުގައި ވެފައިވާ އެއްބަސްވުމުގެ 3 ވަނަ މާއްދާއާއި، އެއްބަސްވުމުގެ 12 ވަނަ މާއްދާގެ (ހ)، (ށ) އަދި (ނ) އާ ޚިލާފަށް ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.

ވިލް ރޯދި ދޯނީގެ ކުލި ދެއްކިކަން ސާބިތުކޮށްދޭންޖެހުނ

7HN1މި މައް ސަލައިގައި ޙަވާލާދެވޭ ވިލުރޯދ ދޯނި ކުއްޔަށް ދިނުމުގެ އެއްބަސްވުމުގެ ދަށުން ދޯނި ކުއްޔަށްހިފި ފަރާތަކީ، ޢަބްދުއްރަޙީމް އިސްމާޢީލެވެ. މިހެންކަމުން ދޯނީގެ ކުލި ނުލިބޭކަމަށް ކޮޅުމަޑުލު ވިލުފުށީ ކައުންސިލްގެ އިދާރާގެ ފަރާތުން ބުނާނަމަ އެކަމުގެ ދަފްޢު ސާބިތުކޮށްދޭންޖެހޭނީ ޢަބްދުއްރަޙީމް އިސްމާޢީލެވެ.

8ކޮޅުމަޑުލު ވިލުފުށީ ކައުންސިލްގެ އިދާރާގެ ފަރާތުން ދަށުކޯޓަށް ހުށަހެޅި ދަޢުވާގެ މައްޗަށް ބަލާއިރު، ވިލުރޯދި ދޯނީގެ ކުލި ނުލިބޭކަމަށް ފާހަގަކުރާ ދުވަސްތަކަކީ، 2014 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހުން ފެށިގެން ޑިސެމްބަރު މަހުގެ ނިޔަލަށް އަދި 2015 ވަނަ އަހަރުގެ ފެބުރުއަރީ މަހުން ފެށިގެން އެޕްރީލް މަހުގެ ނިޔަލަށް މުޅިއެކު 07 (ހަތެއް ) މަސްދުވަހުގެ ނިޔަލަށެވެ.

9ދަޢުވާއަށް ޢަބްދުއްރަޙީމް އިސްމާޢީލްގެ ފަރާތުން ކޮޅުމަޑުލު ވިލުފުށީ މެޖިސްޓްރޭޓް ކޯޓުގައި ޖަވާބުދާރީވަމުން ދީފައިވާ ބަޔާނުގައި ބުނެފައިވަނީ، ވިލުރޯދި ދޯނީގެ 2015 ވަނަ އަހަރުގެ 01 ވަނަ މަހުގެ 20 ވަނަ ދުވަހު ލާރި ދައްކާ ފައިސާ ދެއްކި ކަމުގެ ރަސީދު ޢަބްދުއްރަޙީމް އިސްމާޢީލް އަތުގައި އެބައޮތްކަމަށެވެ. ދެއްކި ފައިސާގެ ޢަދަދަކީ 24,412/09ރ. (ސައުވީސްހާސް ހަތަރުސަތޭކަ ބާރަރުފިޔާ ނުވަލާރި) ކަމަށެވެ. އެއްބަސްވުމާއި އެއްގޮތަށް ފައިސާ ދެއްކިކަން ސާބިތުކުރުމަށް ހެކި ހުށަހެޅުމަށްޓަކައި 15 ދުވަހުގެ މުހުލަތު ކޯޓުން ދިނުން އެދޭކަމަށެވެ.

10އެއްބަސްވުމާއި އެއްގޮތަށް ކުލި ދެއްކިކަން ސާބިތުކުރުމަށް ޢަބްދުއްރަޙީމް އިސްމާޢީލް އެދުމުން އެ ފުރުސަތު ކޯޓުން ޢަބްދުއްރަޙީމް އިސްމާޢީލަށް ދިނެވެ. އެހެންނަމަވެސް ކޯޓުން ދިން މުހުލަތުގައި ޢަބްދުއްރަޙީމް އިސްމާޢީލްގެ ފަރާތުން ހެކި ހުށަހަޅާފައެއްނުވެއެވެ.

11ޢަބްދުއްރަޙީމް އިސްމާޢީލް ވިލުރޯދި ދޯނީގެ ކުލި ދެއްކިކަމަށް ބުނާ 2015 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ކުލީގެ މައްޗަށް ކޮޅުމަޑުލު ވިލުފުށީ ކައުންސިލްގެ އިދާރާގެ ފަރާތުން ޚިލާފެއް އުފައްދާފައެއްނުވެއެވެ. 11 ފެބުރުއަރީ 2019 ގައި ޢަބްދުއްރަޙީމް އިސްމާޢީލްގެ ފަރާތުން ކޮޅުމަޑުލު ވިލުފުށީ މެޖިސްޓްރޭޓު ކޯޓަށް ދީފައިވާ ބަޔާން. ދަށުކޯޓު ރިޕޯޓުގެ 3 ވަނަ ނުކުތާ. ކައުންސިލުން ދަށު ކޯޓަށް ހުށަހެޅި ދަޢުވާގައިވެސް 2015 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ކުލި ލިބިފައިވާކަން ހާމަކޮށްފައި އެބައޮތެވެ. ޢަބްދުއްރަޙީމް އިސްމާޢީލްގެ ފަރާތުން ކުރި ދަފްޢުއަކީ، އެ ނޫން މަސްތަކުގެ ކުލި ދެއްކިކަމަށް ބުނާ ބުނުންކަމަށްވަނީނަމަ އެ ދަފްޢު ސާބިތުކޮށްދޭން މި ޖެހެނީ ކުރިންވެސް ބުނި ގޮތަށް ޢަބްދުއްރަޙީމް އިސްމާޢްލެވެ. އެ ދަފްޢު ސާބިތުކުރުމަށް އެއްވެސް ހެއްކެއް ޢަބްދުއްރަޙީމް އިސްމާޢީލްގެ ފަރާތުން ޝަރީޢަތަށް ހުށަހަޅާފައިނުވާކަމުނ ޢަބްދުއްރަޙީމް އިސްމާޢީލް ކުލި ދެއްކިކަމަށް އެ ބުނާ މުއްދަތުގައި ކުލި ދައްކާފައިވާކަމުގައި ބެލެވޭކަށްނެތެވެ.

12ވިލުރޯދި ދނީގ ކުލީގެ އެއްބަސްވުނ 01 އެޕްރީލް 2015 ގައި ނިމުނީކަމަށ ކަނޑައަޅައް މި މައްސަލއިގައަ ކޮޅުމަޑުލު ވިލުފުށީ މެޖިސްޓްރޭޓު ކޯޓުން ކަނޑައަޅާފައިވަނީ، 2014 ވަނަ އަހަރުގެ ސެޕްޓެމްބަރ،އޮކްޓބަރޯ،ނޮވެމްބަރ،ޑިސެމްބަރު އަދި 2015 ވަނަ އަހަރުގެ ފެބުރުއަރީ، މާރިޗް މަހާއި، އެޕްރީލާ މަހުގެ 1 ދުވަހަށްވާ ކުއްޔަކީ ޢަބްދުއްރަޙީމް އިސްމާޢީލްގެ ފަރާތުން ދައްކަންޖެހޭ ކުއްޔެއްކަމަށެވެ. ސަބަބެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ، އެ ދުވަސްތަކުގެ ކުލި ދެއްކިކަން ޢަބްދުއްރަޙީމް އިސްމާޢީ ލަށް ސާބިތުކޮށްދެވިފައި ނެތުމެވެ. އެ ނިންމުމަށް ވާސިލުވި ސަބަބު ރަނގަޅެވެ. 2015 ވަނަ އަހަރުގެ ޖެނުއަރީގ ކުރީގެ މަސްތަކުގައި ވިލުރޯދި ދޯނީގެ ކުލި ދެއްކިކަމަށް ޢަބްދުއްރަޙީމް އިސްމާޢީލްގެ ފަރާތުން ހައިކޯޓުގައި ފާހަގަކުރާ ނުކުތާ.

13HN3ޢަބްދުއްރަޙީމް އިސްމާޢީލްގެ ފަރާތުން ހުށަހެޅި އިސްތިއުނާފީ ނުކުތާއާ ގުޅިގެން މި ކޯޓުގައި ފާހަގަކުރާ މައިގަނޑު ކަމަކީ، ޢަބްދުއްރަޙީމް އިސްމާޢީލްގެ ފަރާތުން 2015 ވަނަ އަހަރުގެ ޖެނުއަރީ މަހު ވިލުރޯދި ދޯންޏަށް ދައްކަންޖެހޭ ކުއްޔާއި ޖޫރިމަނާ ދެއްކިފައިވާކަނ އެނގެން އޮތުމުން އެ ތާރީޚުގެ ކުރިއަށް ދައްކަންޖެހޭ އެންމެހައި ކުއްޔާއި ޖޫރިމަނާ ދައްކާ ޚަލާސްކުރެވިފައިވާކަމުގައި ބަލަންޖެހޭކަމަށެވެ. އެއީ މި ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގައި، އެއްބަސްވެފައިވާގޮތަށް މުއްދަތުގައި ކުލި ދައްކަންވާނެކަމަށާއި، އަދި ކޮންމެ މަހެއްގެ ކުލި އެމަހެއްގ 10 ވަނަ ދުވަހުގެ ކުރިން ދައްކަންވާނެކަމަށާއި، ކުލި ނުދައްކައިފިނަމަ ޖޫރިމަނާ ކުރެވޭނެކަމަށް ބުނެފައި އޮތުމުން ޖެނުއަރީ މަހުގެ ކުއްޔާއި ޖޫރިމަނާ ފައިސާ ބަލައިގަތުމަކީ، އޭގެ ކުރިން ދައްކަންޖެހޭ ކުއްޔާއި ޖޫރިމަނާ ދެއްކިފައިވކަން ދަލާލަތާ ކޮށްދޭކަމެއްކަމަށެވެ.

14HN2ކޯޓަށް ހުށަހެޅް މައްސަލައެއްގައި ސާބިތުކުރުމަށް ބޭނުންވާ ކަންކަން ހާމަކުރުމާއި އެކަމަކާއި ގުޅޭ ތަފްސީލުތައް ކޯޓަށް ބުނެދިނުމާއި ހެކިތައް ހުށަހެޅުމުގެ ޒިންމާ މަތިކޮށްފައިވަނީ އެ ހުށަހަޅާ ކަމެއް ސާބިތުކުރުމަށް އެދޭ ފަރާތެއްގެ މައްޗަށެވެ. ދަށުކޯޓުގައި ކަމެއް ހާމަކުރުމުގެ ފުރުސަތު ލިބިއޮވެ އެ ފުރުސަތުގެ ބޭނުން ނުހިފައި އެކަމާމެދު ފަރުވާކުޑަކުރުމުގެ ސަބަބުން ދަށު ކޯޓަށް ހެއްކެއް ނުވަތަ ކަމެއް ހުށަނޭޅި ދާދިއުމެއްގެ މައްޗަށް ރިޢާޔަތްކޮށް އެކަމެއް އިސްތިއުނާފީ މަރުޙަލާއަށް ހުށހަޅަނަ ފުރުސަތު ދެވިގެންވާނެކަމަކަށް ނުދެކެމެވެ. ހައިކޯޓުން މައްސަލަ ބަލާނީ ދަށުކޯޓަށް ހުށަހެޅުނު ހެކިތަކާއި ދިފާޢުތައް އެއީ އަސާސްކަމުގައި ބަލައިގެންނެވެ. ކުލި ދެއްކިކަމަށް ބުނެ ޢަބްދުއްރަޙީމް އިސްމާޢީލްގެ ފަރާތުން މި ކޯޓުގައި ކުރިމަތިކޮށްފައިވ އާ ދަފްޢއަކީ، ދަށު ކޯޓުގައި މި މައްސަލަ ހިނގާދިޔައިރު ކޮށްފައިވާ ދަފްޢުއެއް ނޫންކަމުން އެ ނުކުތާ އެ ގޮތުގައި ބަލައިގަނެވިދާނެކަމަށް ނުދެކެމެވެ.

15މީގެ އިތުރުން ބަޙުޘްގެ ބޭނުމަށް ޢަބްދުއްރަޙީމް އިސްމާޢީލްގެ ފަރާތުން ބުނާ ނުކުތާއަކީ ބަލައިގަނެވެން އޮތް ނުކުތާއެއްކަމުގައި ބެލިނަމަވެސް، މި މައްސަލައާއެކު ކޮޅުމަޑުލު ވިލުފުށީ ކައުންސިލްގެ އިދާރާގެ ފަރާތުން ދަށު ކޯޓާއި ޙިއްސާކޮށްފައިވާ ލިޔުންތަކުގެ ތެރޭގައި، އެ ކައުންސިލާއި ޢަބްދުއްރަޙީމް އިސްމާޢީލް އާއި ދެމެދު ބަދަލު ކުރެވިފައިވާ ސިޓީތަކެއް ހުށަހެޅިފައިވާއިރު، 16 ޑިސެމްބަރު 2014 މި ތާރީޚުގައި ޢަބްދުއްރަޙީމް ޙަވާލާދީފައިވަނީ އެއްބަސްވުމުގެ 12 ވަނަ މާއްދާގެ (ހ)، (ށ) އަދި (ނ) އިސްމާޢީލްގެ ފަރާތުން ކޮޅުމަޑުލު ވިލުފުށީކައުންސް ލްގެ ރައީސް އަލްފާޟިލް އިބްރާހެ މ ޝާފިޢުއަށ ފޮނުވާފައިވާ ސިޓީގައި، އަސިޓީ ލިޔުނު މުއްދަތާއި ހަމައަށް ދޯނީގެ ކުލީގެ ގޮތުގައި ޢަބްދުއްރަޙީމް އިސްމާޢީލް ދައްކަންޖެހިފައިވާ ޖުމްލަ 108738 ރުފިޔާ 78 ލާރި 2014 ޑިސެމްބރަ 21 ގެ ކުރިން ދައްކަން އަންގާފައިވީނަމަވެސް ފާއިތުވެދިޔަ ތިންމަސްދުވަހު ތެރޭގައި ދޯނީގެ އިންޖީނު އޯވަހޯލް ކުރުމަށާއި ދޯނާ އެހެލި ކުރެވުނު މަރާމާތުތަކަށް ގާތްގަނޑަކަށް 140,000 ރުފިޔާ ޚަރަދުވެގެން ގޮސްފައިވާތީ މިވަގުތު ދޯނީގެ ކުލި ދެއްކުމަށް މާލީ ޙާލަތު ތަންނުދޭ ވާހަކައާއި، އެ މުއްދަތާއި ހަމައަށް ދޯނީގެ ކުލީގެ ގޮތުން ޢަބްދުއްރަޙީމް އިސްމާޢީލް ދައްކަންޖެހިފައިވާ ފައިސާ ދެއްކުމަށްޓަކައި ލުއިގޮތެއ ހަމަޖައްސައިދިނުމަށް ޢަބްދުއްރަޙީމް އިސްމާޢީލް އެދިފައިވާކަން އެނގެން އެބައޮތެވެ. މި ސިޓީގެ ޖަވާބު ކޮޅުމަޑުލު ވިލުފުށީ ކައުންސިލްގެ އިދާރާގެ ފަރާތުން ޢަބްދުއްރަޙީމް އިސްމާޢީލްއަށް 24 ޑިސެމްބަރު 2014 މި ތާރީޚުގައި ފޮނުވާފައިވާއިރު، ޢަބްދުއްރަޙީމް އިސްމާޢީލް އެދުނު ފަދަ ލުޔެއް ދެވެންނެތްކަމަށް ބުނެފައި އެބައޮތެވެ.

16ދޯނީގެ ކުލީގެ ގޮތުގައި 108738 ރުފިޔާ 78 ލާރި ދައްކަންޖެހޭކަމަށް ޢަބްދުއްރަޙީމް އިސްމާޢީލްވެސް އިޤުރާރުވެފައިވާކަން އެނގެންއޮތްއިރު، އެ ޢަދަދުގެ ފައިސާ ދެއްކި ކަން ޢަބްދުއްރަޙީމް އިސްމާޢީލަށް ސާބިތުކޮށްދެވިފައިނެތުމުން، މިހާރު މި ކޯޓުގައި މި ބުނާ 2015 ޖެނުއަރީ މަހުގެ ދޯނީގެ ކުއްޔާއި ޖޫރިމަނާ ދެއްކުން އެއީ، އޭގެ ކުރިން މި މައްސަލައިގެ ޚުސޫމާތު އުފެދިފައިވާ މަސްތަކުގައ ކުލި ދެއްކި ދެއްކުމެއްކަމަށް ބެލެވެން އޮތް ޙުއްޖަތެއް ނޫނެވެ. ކޮޅުމަޑުލު ވިލުފުށީ ކައުންސިލްގެ އިދާރާގެ ނަންބަރު 383/INDIV/2014/1078 (24 ޑިސެމްބަރު 2014) ސިޓީ.

ޖޫރިމަނާގެ ފައިސާއާގުޅޭ

17HN4ޝަރުޠު ޖަޒާއީ އަދި ޖޫރިމަނާގެ ފައިސާއާ ގުޅޭ ގޮތުން ކުރިން ދިވެހިރާއްޖޭގެ ކޯޓުތަކުން ނިންމަމުން އައިގޮތާއި ދުރަށް ދިއުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޙަސަން ޢަލިމަނިކު ވ. އަޙްމަދު ޖަނާޙް 50 SC ]2021[ މައްސަލައިގައި ކަނޑައަޅާފައި އެބައޮތެވެ. އަދި އެ ޤަޟިއްޔާއިން ޝަރުތު ޖަޒާއީގެ ދަށުން ފައިސާ ނެގުމުގައި ޢަމަލުކުރަންޖެހޭނެ އުސޫލުތަކެއް ބުނެދީފައިވެއެވެ.

18HN5ޢަބްދުއްރަޙީމް އިސްމާޢީލްގެ ފަރާތުން ދޯންޏަށް ދައްކަންޖެހޭ ކުލި އެއްބަސްވެފައިވާގޮތަށް ދައްކަމުނނުދާތް ޖޫރިމަނާގެ ފައިސާ ނެގޭނެކަމަށް ދަށު ކޯޓުން ކަނޑައަޅާފައިވަނީ ޢަބްދުއްރަޙީމް އިސްމާޢީލް އާއި ކޮޅުމަޑުލު ވިލުފުށީ އޮފީހާއި ދެމެދު ވެފައިވާ އެއްބަސްވުމުގެ 12 ވަނަ މާއްދާގެ (ނ) އަށް ރިޢާޔަތްކޮށްގެންނެވެ. އެ މާއްދާގައި ބުނަނީ " ކަނޑައެޅިފައިވާ މުއްދަތުގައި ކުލި ނުދައްކައިފިނަމަ ކުލި ދެއްކުމާއި ހަމައަށް އިތުރުވާ ކޮންމެ ދުވަހަކަށް ދޯނީގެ ކުއްޔަށް ދުވާލަކަށްޖެހޭ ޢަދަދުން %10 ޖުރުމަނާވަމުންދާނެ" މިފަދައިންނެވެ.

19މި މާއްދާއޮތ ގޮތަށް ބަލާއިރު، މިއީ އެއްބަސްވުމާ ޚިލާފުވުމުގެ ސަބަބުން ލިބުނު ގެއްލުން ފޫބެއްދުމށްޓަކައަ ބޭނުންވާނެ މިންވަރުގެ އެކަށޭނެ އަންދާޒާއެއްތޯ (ލިކުއިޑޭޓަޑް ޑެމޭޖަސްގެ މާއްދާއެއްތޯ) ނުވަތަ އެއްބަސްވުމާއި ޚިލާފުވާ ފަރާތަށް ޢުޤޫބާތެއް ކުރިމަތި ކުރުވުމުގެ ގޮތުން ހިމަނާފައިވާ މާއްދާއެއްތޯ (ޕެނަލްޓީ ކްލޯޒް އެއްތޯ) ބަލާއިރު، މިއީ އެއްބަސްވުމާއި ޚިލާފުވުމުގެ ސަބަބުން ލިބުނު ގެއްލުން ފޫބެއްދުމަށްޓަކައި ބޭނުންވާނެ މިންވަރު އަންދާޒާކުރެވިގެން ހިމެނިފައިވާ މާއްދާއެއްކަމުގައި ބެލެވޭކަށްނެތެވެ. އަދި މި މާއްދާގައި އެ އޮތީ ޕެނަލްޓީ ކްލޯޒްއެއްކަން، ޕެނަލްޓީ ކްލޯޒްގެ މިންގަނޑު ދެނެގަތުމުގައި ބަލައިގަންނަންޖެހކަމަށް ދިވެހިރާއްޖޭގެ ސުޕްރީމޭ ކޯޓުގެ ކުރިން ބުނެވުނު ޙަސަން ޢަލިމަނިކު ވ.އަޙްމަދު ޖަނާޙް ޤަޟިއްޔާގައި ބަޔާންކޮށްފައިވާ ކަންކަމުގެ އަލީގައި ދެނެގަނެވެން އެބައޮތެވެ. މިހެންކަމުން ޖޫރިމަނާގެ ފައިސާގެ ގޮތުގައި ނަގަންޖެހޭކަމަށް ނިންމާފައިވާ އެ ފައިސާއަކީ، ނަގއިދެވެންނެތ ފައިސާއެއްކަން އެނގެއެވެ.

20ވީމާ، މި މައްސަލަ ނިންމަން އަހުރެންނަށް ފެނުނީ، ކޮޅުމަޑުލު ވިލުފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 07/N2C/2017 ޤަޟިއްޔާ ގައި، ކޮޅުމަޑުލު ވިލުފުށީ ކައުންސިލްގެ އިދާ ރާއާއި، ތ.ވިލުފުށި ޖަހާމުގުރިގެ ޢަބްދުއްރަޙީމް އިސްމާޢީލްއާއި ދެމެދުގައި ވެފައިވާ "ދޯނި ކުއްޔަށް ދިނުމާބެހޭ އެއްބަސްވުން" 1 އޭޕްރީލް 2015 ވަނަ ދުވަހު ބާޠިލްވެފައިވާއިރު، އެދޯނީގ ކުލީގެ ތެރެއިން ދައްކަންޖެހި ނުދައްކާވާ 6 (ހައެއް) މަސްދުވަހުގެ ކުއްޔާއި އެއްދުވަހުގެ ކުލި ކަމުގައިވާ .33142688 (އެއްލައްކަ ސާޅީސްދެހާސް ހަސަތޭކަ އަށްޑިހަ އަށް ރުފިޔާ ތިރީސް ތިން ލާރި) ޢަބްދުއްރަޙީމް އިސްމާޢީލްގެ ފަރާތުން ދައްކަންޖެހޭކަމަށް އޮތް އޮތުމަށް ތާއީދުކުރުމަށެވެ. އަދި އެ ޤަޟިއްޔާގައި، އެއްބަސްވުމާއި އެއްގޮތަށް ފައިސާ ނުދެއްކުމުން އަރާފައިވާ ޖޫރިމަނާ ފައިސާ 56298.30 (ފަންސާސްހަހާސް ދުއިސައްތަ ނުވަދިހަ އަށް ރުފިޔާ ތިރީސް ލާރި) އަކީ ދައްކަންޖެހޭ ފައިސާކަމަށް ކަނޑައަޅާފައި އޮތް އޮތުމަށް ބަދަލު ގެންނަންޖެހޭނެކަމަށެވެ.  ޙުކުމް: ދެންފަހެ، އިސްވެދިޔަ ސަބަބުތައް އެފަދައިން ހުރުމުން ކޮޅުމަޑުލު ވިލުފުށީ މެޖިސްޓްރޭޓް ކޯޓުގ ނަންބަރ 07/N2C/2017 ޤަޟިއްޔާގެ ޙުކުމުގައި، ކޮޅުމަޑުލު ވިލުފުށީ ކައުންސިލްގެ އިދާރާއާއި، ޢަބްދުއްރަޙީމް އިސްމާޢީލްއާއި ދެމެދުގައި ވެފައިވާ "ދޯނި ކުއްޔަށް ދިނުމާބެހޭ އެއްބަސްވުން" 1 އޭޕްރީލް 2015 ވަނަ ދުވަހު ބާޠިލްވެފަ އިވާއިރު، އެދޯނީގ ކުލީގެ ތެރެއިން ދައްކަންޖެހި ނުދައްކާވާ 6 (ހައެއް) މަސްދުވަހުގެ ކުއްޔާއި އެއްދުވަހުގެ ކުލި ކަމުގައިވާ 142688.33 (އެއްލައްކަ ސާޅީސްދެހާސް ހަސަތޭކަ އަށްޑިހަ އަށް ރުފިޔާ ތިރީސް ތިން ލާރި) އަކީ ޢަބްދުއްރަޙީމް އިސްމާޢީލްގެ ފަރާތުން ކޮޅުމަޑުލު ވިލުފުށީ

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

ޝަރީޢަތުގެ ވީޑިއޯ

މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.

ޝެއަރ ކުރައްވާ