ޢަލީ ނިޝާން ވ. މަޓާޓޯ
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- ސިވިލް ކޯޓު 4710/Cv-C/2018
- ފަހުގެ ތާރީޚު
- ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް
ކޯ ޓާމްސް
ޚުލާޞާ
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ކޮޕީރައިޓް ފޮޓޯއެއް ހުއްދަނެތި ބޭނުންކުރުމަށްފަހު މުޞައްނިފާއި ބޭނުންކުރި ފަރާތާ ދެމެދު އަގެއް ކަނޑައަޅައި ހަދާފައިވާ ފަހުން ވެވުނު (ex post facto) އެއްބަސްވުމަކީ މުޤާބިލު ނުދައްކާތީ ވުޖޫދުނުވާ އެއްބަސްވުމެއްތޯ، އަދި އެ އެއްބަސްވުމުގެ ސަބަބުން ކޮޕީރައިޓް އިންފްރިންޖްމަންޓްގެ ފަރުވާ ނުލިބޭތޯ.
ނިންމުން
ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައިއިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 5 ވަނަ މާއްދާގެ ދަށުން، އެކަކު އަނެކަކަށް ހުށަހަޅާ ހުށަހެޅުމެއް (offer) އެ ހުށަހެޅުން ރައްދުވާ ފަރާތުން ޤަބޫލުކުރުމުން (acceptance) ކޮންޓްރެކްޓެއް ކުރެވުނީއެވެ.
HN2 މުޤާބިލު (consideration) އަކީ ކޮންޓްރެކްޓެއްގައި ހިމެނޭ އެއް ފަރާތުން އަނެއް ފަރާތަށް ވާ ވަޢުދެއްގެ ރައްދުގައި ވަޢުދު ރައްދުވާ ފަރާތުން ދޭ އަގު، ނުވަތަ ކޮށްދޭ ކަމެއް، ނުވަތަ ނުކޮށް ދޫކޮށްލާ ކަމެއް، ނުވަތަ ދޫކޮށްލާ ޙައްޤެކެވެ (ސުޕްރީމް ކޯޓު، ނަމިރާ އިންޖިނިއަރިންގ އެންޑް ޓްރޭޑިންގ ވ. ޖައުސާ ކޮންސްޓްރަކްޝަން [2021] SC 53).
HN3 މުޤާބިލެއް އޮތުމަކީ ކޮންޓްރެކްޓެއް ފުރިހަމަވުމަށް ކޮންމެހެން ފުރިހަމަވާންޖެހޭ އުންސުރެކެވެ؛ މުޤާބިލެއް ނެތި ވެވޭ އެއްބަސްވުމަކީ ޤާނޫނީ ގޮތުން ތަންފީޛުކުރެވޭނެ އެއްބަސްވުމެއް ނޫނެވެ.
HN4 ޤާނޫނީ ގޮތުން ބަނދެވޭ އެއްބަސްވުމަކަށް މުޤާބިލެއް ކަނޑައެޅިފައި އޮތުން ލާޒިމްވިޔަސް، އެއްބަސްވުމަށް ވަންނައިރު މުޤާބިލު ފުރިހަމަވުން (ދެއްކުން) ލާޒިމެއް ނޫނެވެ؛ ފައިސާ ދައްކަންޖެހޭ ވަގުތެއް ކަނޑައަޅާފައިނުވާއިރު ފައިސާ ދެއްކުން ލަސްވުމަކީ މުޤާބިލެއް ކަނޑައެޅިފައި ނެތްކަމަށް މާނަކުރެވޭނެ ހަމައެއް ނޫނެވެ.
HN5 ހުށަހެޅުމާއި ޤަބޫލުކުރުން ފުރިހަމަވެ، އެއްބަސްވި ކަމުގެ މައްޗަށް މުޤާބިލެއް ކަނޑައެޅިފައިވާނަމަ، ކަން ނިމުނު ފަހުން (ex post facto) ވެވޭ އެއްބަސްވުމަކީވެސް ވުޖޫދުވާ އެއްބަސްވުމެކެވެ.
HN6 ލިޔެފައިވާ އެއްބަސްވުމެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު އުފެއްދުމުގެ ކޮޕީރައިޓާއި، އެ އުފެއްދުން ޝާއިޢުކުރުމާއި އިޤްތިޞާދީ ގޮތުން ބޭނުންކުރުމުގެ ޙައްޤު އޮންނަނީ މުޞައްނިފަށެވެ (ކޮޕީރައިޓް ޤާނޫނުގެ 9 ވަނަ މާއްދާ)؛ އަދި 10 ވަނަ މާއްދާގެ ދަށުން އެ ކަންކަމަށް ހުއްދަ ދިނުމުގެ ޙައްޤުވެސް މުޞައްނިފަށް ލިބިގެންވާއިރު، މުޞައްނިފުގެ ހުއްދައާއެކު ކުރާ ކަމަކީ ކޮޕީރައިޓާ ޚިލާފުވުމެއް ނޫނެވެ؛ އެ ހުއްދަ ކޮންމެ ވަގުތަކުވެސް، ބޭނުންކުރުމަށްފަހުވެސް ދެވިދާނެއެވެ.
HN7 މުޞައްނިފުގެ ހުއްދަ ނުލައި ބޭނުންކުރި ހިސާބުން ކޮޕީރައިޓް ދަޢުވާ އުފުލުމުގެ ސަބަބު ވާޤިޢުވިޔަސް، މުޞައްނިފު ދަޢުވާ އުފުލުމުގެ ބަދަލުގައި ފަހުން ހުއްދަ (ex post facto approval) ދީ އެއްބަސްވުމެއް ވުޖޫދުވެއްޖެނަމަ، އޭނާއަށް ލިބިދެވޭނެ ފަރުވާއަކީ އެ އެއްބަސްވުމުގެ މުޤާބިލު ކަމުން، އިތުރު (ކޮޕީރައިޓް) ފަރުވާތައް ނުދެވޭނެއެވެ.
ވަކީލުންނާއި ފަނޑިޔާރުން
- ވަކީލުން
- —
- ބެންޗު
- މުޙައްމަދު ސަލީމް، މުޙައްމަދު ނިޔާޒް، ފާޠިމަތު ފަރހީޒް
- ރިޔާސަތު
- —
- ރައުޔު ލިޔުނު ފަނޑިޔާރު
- މުޙައްމަދު ސަލީމް · ތާއީދުކުރެއްވީ: ފާޠިމަތު ފަރހީޒް
- ޚިލާފު ރައުޔު
- ނެތް
- ވަކި ރައުޔު
- މުޙައްމަދު ނިޔާޒް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
1މިއީ، ސިވިލް ކޯޓުގެ ނަންބަރު 4710/Cv-C/2018 ޤަޟިއްޔާ އެކޯޓުން ނިންމާފައިވަނީ ޝަރުޢީ އަދ ޤާނޫނީ ހަމަތަކާ ޚިލާފަށްކަމަށްބުނެ، މާލެ، ޢަލީ ނިޝާން)މީގެ ފަހުން "ޢަލީ ނިޝާން" ނުވަތަ "އިސްތިއުނާފުކުރާ ފަރާތް" ކަމަށް ބަޔާންކޮށްފައިވ( ގެ ފަރާތުން،އެ ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައ އިސްތިއުނާފުކުރުމުން ބަލާފައިވާ މި ކޯޓުގެ ނަންބަރ 2020/HC-A/142 ޤަޟިއްޔާގެ ނިޔާއެވެ. މ ޤަޟިއްޔާގައި އިސްތިއުނާފި ރްއްދުވާ ފަރާތަކަމޯލްޑިވްސ އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސ އެންޑް ޓުއަރ އޮޕަރޭޓަރސާ)މަޓާޓޯ( )މީގެ ފަހުން "މަޓާޓޯ" ނުވަތަ "އިސްތިއުނާފުރައްދުވުފަރާތް" ކަމަށް މި ރިޕޯޓުގައި ބަޔާންކުރާ( އެވެ. މައްސަލައިގެ ކަންހިނގާފައިވާގޮތް:
2ޢަލީ ނިޝާން އާއި ބްރައިޓް އައިޑިއާސްޕްރައިވެޓް ލިމިޓެޑްގެ ބެލެނިވެރިކަމުގެ ދަށުގައި އޮންނަ "އަވަސް އޮންލައިން" ނޫހާއ ދެމެދި އަވަސް ވީކެންޑް އިންޓަވިއުގ 50 ޕްރޮފައިލް ފޮޓޯ ނެގުމަށް 27 ފެބްރުވަރީ 2016 ގައި އެއްބަސްވުމެއް ވެވުނެވެ.
3މިއެއްބަސްވުމުގެ 3.04 ވަނަ މާއްދާގައި އެއްބަސްވުމުގެ ދަށުން ނަގާ ފޮޓޯތަކުގެ ފިކުރީ ޙައްޤުތައް ޢަލ ނިޝާންއަށާއި ބްރައިޓް އައިޑިއާސްއަށް ލިބިގެންވަނީ އެއްވަރަކަށ ކަމަށް ބަޔާންކޮށްފައިވެއެވެ. އަދ މިއެއްބަސްވުމުގެ ދަށުން ނަގާ ކޮންމެ ފޮޓޯއެއް ބްރައިޓް އައިޑިއާސްއިން ބޭނުންކުރާ ކޮންމެ ފަހަރަކު ޢަލ ނިޝާންގެ ފޮޓޯއެއްކަން އެނގޭ ގޮތަށް ކްރެޑިޓް ދޭންވާނެކަމަށް އެއްބަސްވުމުގ 3.05 ގައި ބަޔާންކޮށްފައިވެއެވެ. T/2005/62/30
4އިސްވެ އިޝާރާތްކުރެވުނު އެއްބަސްވުމުގެ ދަށުން ޢަލީ ނިޝާން 2016 މާރިޗް މަހުގެ ތެރޭގައި "އަވަސް" މީޑިއާއަށް އާފަރާތުގެ"ވީކްއެންޑް އިންޓަރވިއު" ޕްރޮގްރް މަށް ތައްޔާރުކުރެވުނު އެޕިސޯޑަކަށް ލަވަކިޔުންތެރިޔ "ބަތޫލް" ގެ ފޮޓޯއެއ )"ކޮޕީރައިޓް ފޮޓޯ"( ނަގާ، އެ އުފެއްދުން ޝާއިޢުކޮށްފައިވެއެވެ.
5އިޝާރާތްކުރެވުނު އުފެއްދުން 2018 މާރިޗް މަހު ޖަރުމަނު ވިލާތުގެ ބާރލިންގައި ބޭއްވުނު "އައި.ޓީ.ބ ބާރލިން" ފެއަރގައި ބެހުމަށް ތައްޔާރުކުރެވުނު "މޯލްޑިވްސް ފައިންޑަރ" ގ 6 ވަނަ ޢަދަދުގައާޢަލީ ނިޝާންގެ ހުއްދަ ނެތި މަޓާޓޯ އިން ޝާއިރުކޮށްފައިވާކަމަށް ޢަލީ ނިޝާން ބުނެއެވެ.އަދި މިފޮޓޯ ޢަލީ ނިޝާންއަށް ނިސްބަތްވާ "އެޑިޓޯރިއަލް ރައިޓްސް" ހޯދުމަކާނުލާ، ކްރެޑިޓްސ ދިން ނަމަވެސް ޢަލީ ނިޝާންގ ވަނަން އޮޅުވާލާ، މަޖައްލާގައިވާ ފޮޓޯތަކުގެ ތެރެއިން ޢަލީ ނިޝާންގެ އުފެއްދުމަކީ ކޮބައިކަން ސާފުނުވާ ގޮތަށް އ މަޖައްލާ ޝާއިޢުކޮށްފައިވަނީ ޤާނޫނު ނަންބަރު: 2010/23 ) ކޮޕީރައިޓާއި އެއާގުޅޭ އެހެނިހެން ޙައްޤުތަކުގެ ޤާނޫނު( )މީގެފަހުން "ކޮޕީރައިޓް ޤާނޫނު"( ގ 14 ވަނަ މާއްދާ ހުއްދަކުރާ "ކުޑަ" މިންވަރަކަށް ނޫންކަމަށް ޢަލީ ނިޝާންގެ ފަރާތުން ބުނެއެވެ. އަދި މިއުފެއްދުން އުފައްދާފއިވަނ ޢަލީ ނިޝާންގެ ހުއްދައެއްނެތި އެފަރާތަށް އެންގުމަކާ ނުލާކަމަށް ބުނެއެވެ.
6އެ މަޢުލޫމާތު ޢަލީ ނިޝާންއަށް ލިބުނީ 2018 ވަނަ އަހަރު މެއި މަހުގެ ތެރޭގައިކަމަށާއި، އެނގުނު ހިސާބުން ޢަލީ ނިޝާންގެ ޙައްޤުވެރި ބަދަލު ހޯދުމަށް މަޓާޓޯއާއި ވާހަކަ ދެއްކިކަމަށް އިތުރަށް ބުނެފައިވެއެވް. އަދ މަޓާޓޯގެ އެދުމަކަށްއެ އުފެއްދުން އަލުން އުފެއްދުމަށް ހުއްދަޔަށ (ex post facto) 2018 މެއި 30 ވަނަ ދުވަހު -/10,000ރ. )ދިހަހާސް ރުފިޔާ( ދެކުމަށް މަޓާޓޯއަށް ކޯޓޭޝަންއެއް ފޮނުވައި މިކޯޓޭޝަން މަޓާޓޯގެ ސެކްރެޓަރީ ޖެނެރަލް އިބްރާހީމް މުނާޒްގެ އީމެއިލުން ޤަބޫލުކޮށްފައިވާކަން ޢަލީ ނޝާންއަށ އެންގިއެވެ. ސިވިލް ކޯޓުގެ ދައުވާ ފޯމުގެ 8.1 ސިވިލް ކޯޓުގެ ދައުވާ ފޯމުގެ 8.3 ސިވިލް ކޯޓުގެ ދަޢުވާ ފޯމުގެ 8.6
7އެހެންނަމަވެސް އޭގެ ދުވަސްކޮޅެއ ފަހުން ކޯޓޭޝަންގައިވ ފައިސާ ދިނުމަށާ މަޓާޓޯގެ ފަރާތުންއިންކާރުކޮށް، އެމަޖައްލ ރީކޯލްކުރާނޭކަމަށް ޢަލީ ނިޝާންއަށް އެންގިކަމަށާއި، ނަމަވެސް އެމަޖައްލާތައް ރީކޯލް ކުރެވޭނެކަމަށް ޢަލީ ނިޝާންގެ ފަރާތުން ނުދެކޭތީ ކޮޕީރައިޓް ޤާނޫނުގެ ދަށުން ޢަލީ ނިޝާން ސިވިލް ކޯޓަށް ދަޢުވާ ހުށަހެޅިއެވެ.
8ސިވިލް ކޯޓުގައި ޢަލީ ނިޝާން މަޓާޓޯގެ މައްޗަށް ދަޢުވާކޮށްފައިވަނީ ޢަލީ ނިޝާން އާމްދަނީ ހޯދުމަށް ކުރަމުން އަންނަ ފޮޓޯގްރަފީ މަސައީކަތުގެ ތެރެއިން "އަވަސް" މީޑިއާގެ "ވީކްއެންޑް އިންޓަރވިއު" ޕްރޮގްރާމަށް ޢަލ ނިޝާން ތައްޔާރުކޮށް 2016 މާރިޗް 10 ވަނަ ދުވަހު ޝާއިޢުކުރި ކޮޕީރައިޓްފޮޓ، 2018 މާރޗި މަހު ޖަރުމަނު ވިލާތުގެ ބަރލިންގައި ބޭއްވުނު "އައި.ޓީ.ބީ ބަރލިން" ޓޫރިޒަމް ފެއަރ ފަދަފޯރަމްތަކުގައި ބެހުމަށް ތައްޔާރުކުރެވުނު "މޯލްޑިވްސް ފައިންޑަރ" ގ 6 ވަނަ ޢަދަދުގައިމަޓާޓޯއިން ޢަލީ ނިޝާނީގެ ހުއްދަ ނެތް އަލުން އުފައްދާފައި ނުވަތަ ނަކަލުކޮށްފައިވާތުކޮޕީރައިޓެޤާނޫނގ 30 ވަނަ މާއްދާގަ )ހ( ގެ ދަށުން އިސްވެ ދެންނެވުނު ޤާނޫނު ޚިލާފު ޢަމިލު ހުއްޓުވާ އެފަދަ ކަންކަން ތަކުރާރުވުން ހުއްޓުވުމުގެ އަމުރަކަށާއި ބަދަލު ނަގައިދިނުމުގެ އަމުރަކަށް އެދިއެވެ. ޢަލީ ނެޝާންގެ ފަރާތުން ކޮށްފައިވާ ދަޢު ވާ ބަލާފައިވަނީ ސިވިލް ކޯޓުގ ނަންބަރ 4710/Cv-C/2018 ޤަޟިއްޔާއިންނެވެ.
9މި ޤަޟިއްޔާގައި ސިވިލް ކޯޓުން ނިންމާފައިވަނީ، ޢަލީ ނިޝާންއާއި މަޓާޓޯއާއ ދެމެދި ދަޢުވާގައިބުނެފައިވާ މުޢާމަލާތާއ ގުޅިގެނި ފަހުން އަގެއް ކަނޑައަޅައި، ދެފަރާތުގެ ދެމެދު އެއްބަސްވުމެއް ވެފައިވާކަން ޝަރީޢަތަށް ޘާބިތުވާން އޮންނާތީ، ޢަލީ ނިޝާންގެ ކޮޕީރައިޓް ޙައްޤު ގ އްލިފައިވާކަމަށ ކަނޑައަޅާނެތަނެއް ނެތްކަމާއި، އަލީ ނިޝާންގެ ފަރާތުން ދަޢުވާގައި ހޯދާން އެދިފައިވާ ގެއްލުމުގެ ބަދަލުގެ ތެރެއިން ޢަލީ ނިޝާން މަޓާޓޯ އާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ޢަލީ ނިޝާންއަށ ދޭން އެއްބަސްވެފައިވާ -/10,000 ރ. )ދިހަހާސް ރުފިޔާ( އަކީ މަޓާޓޯއިން ޢަލީ ނިޝާންއަށް ދައްކަންޖެހޭ ފައިސާއެއްކަމަށް ކަނޑައަޅައިއެވެ.
10އިސްވެދެންނެވުނު ސިވިލް ކޯޓުގެ ޤަޟިއްޔާ ޢަލީ ނިޝާންގެ ފަރާތުންނާއި މަޓާޓޯގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވެއެވެ. އަދި މިޤަޟިއްޔާތަކުގެ އަޑުއެހުންތައް ކުރިއަށް ގެންގޮސްފައިވަނީ އެއްކޮށް އެއް ބެންޗަކުންނެވެ. މިޤަޟިއްޔާގައި ބެލިފައިވަނީ ޢަލީ ނިޝާންގެ ފަރާތުން ހުށަހެޅި އިސްތިއުނާފެވެ. މަޓާޓ ގެ އިސްތިއުނާފު ބެލިފައިވަނީ މ ކޯޓުގެ ނަންބަރު 7A/14-2020/HC ޤަޟިއްޔާއިންނެވެ. ސިވިލް ކޯޓުން މައްސަލަ ނިންމިގޮތް:
11ސިވިލް ކޯޓުގެ ނަންބަރު: 4710/Cv-C/2018 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގީ ރިޕޯޓަށް ބެލިއިރު، އެޤަޟިއްޔާ ނިންމާފައިވަނީ؛ "ދެންފަހެ،އިސްވެދިޔަ ބަޔާންތަކަށާއި ފާހަގަކުރި ނުކުތާތަކުގެ މައްޗަށް ބެލުމަށްފަހު، […] ޢަލީ ނިޝާން )ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑް ނަންބަރ ( އާމްދަނީ ހޯދުމަށް ކުރަމުން އަންނަ ފޮޓޯގްރަފީގ މަސައްކަތުގެ ތެރެއިން "އަވަސް" މީޑިއާގެ "ވީކްއެންޑް އްންޓަވިއު" ފްރޮގްރާމަށ އެފަރާތުން ތައްޔާރުކޮށް 2016 މާރިޗް 10 ވަނަ ދުވަހު ޝާއިޢުކުރި ފޮޓޯއެއް، 2018 ވަނި އަހަރުގެ މާރިޗް މަހުގެ ތެރޭގައި ޖަރުމަނުވިލާތުގެ ބަރލިންގައ ބޭއްވި "އައި.ޓީ.ބީ ބަރލިން" ޓޫރިޒަމް ފެއަރ ފަދަ ފޯރަމްތަކުގައ ބެހުމަށް ތައްޔާރުކުރެވުނު "މޯލްޑިވްސް ފައިންޑަރ" ގ 6 ވަނީ މަޖައްލާގައި ޢަލީ ނިޝާންގެ ހުއްދަނެތި މޯލްޑިވްސ އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސ އެންޑް ޓުއަރ އޮޕަރޭޓަރސް )މަޓޯޓާ( )ރަޖިސްޓްރީ ނަންބަރ T/2005/62/30( އިން ޝާއިޢުކޮށްފައިވާތީ، ޢަލީ ނިޝާން އާއި މޯލްޑިވްސް އެސޯސިއޭޝަން އްފ ޓްރެވަލް އޭޖެންޓްސ އެންޑް ޓުއަރ އޮޕަރޭޓަރސް )މަޓޯޓާ( އާ ދެމެދު އެ މުޢާމަލާތާ ގުޅިގެން ފަހުން އަގެއް ކަނޑައަޅައި، ދެފަރާތުގެ ދެމެދު އެއްބަސްވުމެއާވެފައިވާކަނ ޝަރީޢަތަށް ޘާބިތުވާން އޮންނާތީ، ޢަލީ ނިޝާންގެ ކޮޕީރައިޓް ޙައްޤު ގެއްލިފައިވާކަމަށް ކަނޑައަޅާނެ ތަނެއް ނެތްކަމާއި، ޢަލީ ނިޝާންގެ ފަރާތުން މި ދަޢުވާގައި ހޯދަން އެދިފައިވާ ގެއްލުމުގެ ބަދަލުގެ ތެރެއިން ޢަލީ ނިޝާން އާއި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސ އެންޑް ޓުއަރ އޮޕަރޭޓަރސް )މަޓޯޓާ( އާދެމެދ ވެފައިވާ އެއްބަސްވުމުގާ ދަށުނ ޢަލީ ނިޝާންއަށ ދޭން އެއްބަސްވެފައިވާ 10,000/-ރ. )ދިހަހާސް ރުފިޔާ( އަކީ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސ އެންޑް ޓުއަރ އޮޕަރޭޓަރސް )މަޓޯޓާ( ގ ފަރާތުން ޢަލީ ނިޝާންއަށް ދައްކަންޖެހޭ ފައިސާކަމަށް ކަނޑައަޅައި، ބުނެވިދިޔަ 10,000/-ރ.)ދިހަހަސް ރުފިޔާ( ޢަލީ ނިޝާންއަށް ލިބިދިނުމުގެ ގޮތުނ 16 ފެބްރުވަރީ 2020 މިދުވަހުން ފެށިގެން 01 )އެކެއް( މަސްދުވަހުގެ ތެރޭގައި މިފައިސާ ސިވިލް ކޯޓަށް ދައްކައި ޚަލާސްކުރުމަށ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސ އެންޑް ޓުއަރ އޮޕަރޭޓަރސް )މަޓޯޓ( އަށް އަންގައި ޙުކުމްކޮށްފީމެވެ". މިފަދައިންކަން އެޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ. ސިވިލް ކޯޓުގެ ނިންމުމަށް ވާސިލްވި ސަބަބުތައް:
12މަތީގައި ބަޔާން ކުރެވުނު ނިންމުންސިވިލް ކޯޓުން ނިންމާފައިވަނެއަންނަނިވި ސަބަބުތަކުގްމއްޗަށަ ބުރަވެކަމަށ ބެލެވެން އޮވެއެވެ.
12.1- ދަޢުވާ އެ މައްޗަށް ބިނާވެފައިވާފޮޓޯއަކ ޢަލީ ނިޝާން ނަގާފައިވާ ފޮޓޯއެއްކަން. ފޮޓޯ ނަގާފައިވަނީ "އަވަސް އޮންލައިން" އަށްކަން. މިކަމަށް މަޓާޓޯއިން އިންކާރުކޮށްފައިނުވާކަން.
12.2- ޢަލީ ނިޝާން އާއި ބްރައިޓް އައިޑިއާސް ޕްރައިވެޓް ލިމިޓެޑާއި ދެމެދު، ދަޢުވާގައި ޙަވާލާދީފައިވާ ފޮޓޯއ ގުޅާ އެއްބަސްވުމެއްވެފައިވާކަން. އެއެއްބަސްވުމުގެ ދަށުން އެފޮޓޯގެ މުސައްނިފަކ ޢަލީ ނިޝާން އާއި ބްރައިޓް އައިޑިއާސ ޕްރައިވެޓް ލިމިޓެޑްކަން، އަދި އެ އުފެއްދުމުގެ ކޮޕީރައިޓަކީ މުޞައްނިފުންނަށް ލިބިގެންވާ ޙައްޤެއްކަން.
12.3- ދޢަ ވާގައި ބުނެފައިވާ ފޮޓޯ މޯލްޑިވްސް ފައިންޑަރގައި ޝާއިއުކޮށްފައިވާކަމާމެދު މަޓާޓޯއިން އިންކާރުކޮށްފައިނުވާކަން.
12.4- މުޓާޓޯގެ މަޖައްލާގައި ދަޢުވާގައި ޙަވާލާދީފައިވާ ފޮޓޯ ފުރަތަމަ ފަހަރު ޝާއިޢުކުރިއިރ، އެފޮޓޯގެމުޞައްނިފުންގެ ހުއްދަ ލިބިފައިނުވާކަން ޢަލީ ނިޝާންއާއި މަޓާޓޯގެ ބަހުންނާއި ޝަރީޢަތަށް ޙާޟިރުކުރި ހެކިންގެ ހެކިބަހުންނާއި ދެފަރާތުން ހުށަހަޅާފައިވާ މުސްތަނަދުތަކުނ އެނގެން އޮތުން.
12.5- ދަޢުވާގައި ބުނެފައިވާ ފޮޓޯ މަޓާޓޯއިން ބޭނުންކުރުމަށްޓަކައި ޢަލީ ނިޝެ ންއާއާ މަޓާޓޯ އާއި ދެމެދު އެއްބަސްވުމެއް ވުޖޫދުވެފައިވާކަން. އެއްބަސްވުމުގެ ދަށުން ޢަލީ ނިޝާން ފޮޓޯ ފޯރުކޮށްދިނުމާއެކު ފޮނުވާފައިވާ އިންވޮއިސްއަށް މަޓާޓޯގ ފަރާތުން ފައިސާދެއްކުމަކީ އެފަރާތުން އަދާކުރަންޖެހޭ ޒިންމާއެއްކަން.
12.6- މަޓާޓޯ އާއި ޢަލީ ނިޝަންއާދެމެދު އެއްބަސްވުމެއް ވުޖޫދުވެފައިވާތީ، އެއްބަސްވުމުގެ ދަށުން އެއްބަސްވުމުގެ ބައިވެރިއަކު އަދާކުރަންޖެހޭ ޒިންމާ އަދާކޮށްފައިނުވުމަކީ ކޮޕީރައިޓް އިންފްރިންޖްމަންޓްއެއ ނުވަތް ކޮޕީރައިޓް ޙައްޤަކަށް އަރައިގަތުންކަމުގައި ނުބެލެވޭނެ. ސިވިލް ކޯޓުގެ ނަންބަރު 4710/Cv-C/2018 ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާގެ )ނ( އބމ ސިވިލް ކޯޓުގެ ނަންބަރު 4710/Cv-C/2018 ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާގެ )ރ( ސިވިލް ކޯޓުގެ ނަންބަރު 4710/Cv-C/2018 ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާގެ )ޅ( ސިވިލް ކޯޓުގެ ނަންބަރު 4710/Cv-C/2018 ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާގެ )އ( ސިވިލް ކޯޓުގެ ނަންބަރު 4710/Cv-C/2018 ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާގެ )ވ(
12.7- މަޓާޓޯ އާއި ޢަލީ ނިޝަންއ ދެމެދާ ވަކި ގޮތަކަށް ޢަމަލުކުރުމަށިއެއްބަސްވުމެއް ވެފައިވާތީ، ދަޢުވާގައާ ޙވާލާދީފައިވ ފޮޓޯ ހުއްދަނެތި ޝާއިޢުކުރުމ ގުޅިގެނާ އުފަންވާ ކޮޕީރައިޓުގެ ޙައްޤު އެ ހިނދުން ފެށިގެން ނެތިގޮސްފައިވާކަން.
12.8- މަޓާޓޯ އާއި ޢަލީ ނިޝަންއ ދެމެދާ އެއްބަސްވުމެއް ވުޖޫދުވެފައިވާތީ، ދަޢުވާގައި ޢަލީ ނިޝާން ހޯދުމަށް އެދިފައިވާ ގެއްލުމުގެ ބަދަލާމެދު ޝަރީޢަތުން ގޮތެއް ކަނޑައަޅަންޖެހޭ ސަބަބެއް ނެތުން. އިސްތިއުނާފީ ނުކުތާތައް:
13ސިވިލް ކޯޓުގެ ނަންބަރު 4710/Cv-C/2018 ޤަޟިއްޔާ ނިންމާފައި ވަނީ ޝަރުޢީ އަދ ޤާނޫނާ ހަމަތަކާއި ޚިލާފަށްކަމަށް ބުނެ، ޢަލީ ނިޝާންގެ ފަރާތުން ތިރީގައިވާ ނުކުތާ ހުށަހަޅައައެނުކުތާއާއި ބެހޭގޮތުން ދިވެހިރާއްޖޭގ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. މިގޮތުން ހުށަހަޅާފައިވާ ނުކުތާއކ؛
13.1. އެއްބަސްވުމުގެ ދަށުންދައްކަންޖެހޭ ފައިސާއަކީ އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާ ހިނދަކު އެއްބަސްވުމެއް ވުޖޫދުވުމަށްޓަކައި ބޭނުންވާނ ރުކުނެއް ނޫންކަމަށާއި، އެއީ އެއްބަސްވުމުގެ ޝަރުތެއް ކަމުގައި ދިވެހިރާއްޖޭގެ ސިވލ ކޯޓުން ނިންމާފައިވަން ޤާނޫނއަސާސީގ 68 ވަނަ މާއްދާއާއި 143 ވަނަ މާއްދާގެ )ރ( އާ ޚިލާފަށް ކަމަށްބުނެ ހުށަހެޅި ނުކުތާއެވެ. އިސްތިއުނާފުކުރާ ފަރާތުގެ ވާހަކަތައު :
14ޢަލީ ނިޝާންގެ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާއާއި ގުޅިގެން ތަފްސީލުގައި މައިގަނޑު ގޮތެއްގައި ބުނެފައިވަނީ 2016 ވަނަ އަހަރު ޢަލީ ނިޝާން އުފައްދާފައިވާ އުފެއްދުމެއް ޢަލީ ނިޝާންގެ ހުއްދަނެތި 2018 ވަނަ އަހަރު މަޓާޓޯގެ ފަރާތުން އަލުން އުފައްދާފައިވެކަނ އެނގުން ހިސާބުން މަޓާޓޯއާގުޅޭ އެކަމުގެ ޝަކުވާ އުފލާފައިވާނެކަމަށާއި، އަދި އެކަމަށް އަގެއް ކިޔާ އެއަގަށް ދެފަރާތުގެ މެދުގައި އެއްބަސްވެވުނުކަމަށެވެ. ސިވިލް ކޯޓުގެ ނަންބަރު 4710/Cv-C/2018 ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާގެ )މ(
15އަދި މިއެއްބަސްވެވުނު އަގަށް ޢަލީ ނިޝާންގެ ފަރާތުން މަޓާޓޯއަށ އިންވޮއިސްއެއް ފޮނުވިކަމަށެވެ. ނަމަވްސެ ފަހުން މަޓާޓޯގެ ފަރާތުން އެ އިންވޮއިސްއަށް ފައިސާ ދައްކަން އިންކާރުކޮށްފައިވާކަމަށާއި، ސިވިލް ކޯޓަށް ޢަލީ ނިޝާންގެ ފަރާތުނ މިމައްސަލަ ހުށަހަޅަން މަޖުބޫރވީވެސ މިހިސާބުން ކަމަށެވެ.
16އަދި ސިވިލް ކޯޓުން މައްސަލަ ނިންމާފައިވަނީ ކޮންޓްރެކެޓާބެހް ޤާނޫނުގެ 5ވަނަ މާއްދާއަށް ރިޢާޔަތްކޮށްކަމަށެވެ. އެއް، ޢަލީ ނިޝާން އާއި މަޓާޓޯއ ދެމެދާ އިންވޮއިސްއެއް ބަދަލުކޮށްފައިވާތީވ، އެމުޢާމަލާތުގެ އިޖާބާއި ޤަބޫލު ބަދަލުކުރެވިއްޖެކަމުގައ ބަލި އެހާ ހިސާބުން އެއްބަސްވުމެއް ވުޖޫދަށް އައިސްފައިވާކަމަށާއި، ކޮޕީރައިޓް ލައިސަންސ ނުވަތް ހުއްދަ ދިނުމުގެ އެއްބަސްވުމެއް ވުމަށްފަހު، އެ އެއްބަސްވުމުގެ ދަށުން އެއްބަސްވުމުގ ބައިވްރިއަކު އަދާކުރަންޖެހޭ ޒިންމާ އަދާކޮށްފައިނުވުމަކީ ކޮޕީރައިޓް އިންފްރިންޖްމަންޓްއެއ ކަމަށެ ނުބެލެވޭނެކަމަށްވެ. މިގޮތުން އެއްބަސްވުމުގެ ދަށުން ދައްކަނާ ޖެހޭ ފައިސާއަކީ އެއްބަސްވުމެއް ވުޖޫދުވުމަށްޓަކައި ބޭނުންވާނ ރުކުނެއް ނޫންކަމަށާއި އެއީ އެއްބަސްވުމުގެ ޝަރުތެއްކަމަށއ ކޮންސިޑަރޭޝަންއެއ ނެތް ކޮންޓްރެކްޓެއް އެންފޯސްކޮށ ސިވިލް ކޯޓުން ނިންމާފައިވަން ޤާނޫނީ ގޮތުން ރަނގަޅަށް ނޫންކަމަށެވެ.މިގޮތުން ކޮންޓްރެކްޓެއް ކޮންސިޑަރޭޝަންއަކާއި ނުލާ ފުރިހަމައެއް ނުވާނެކަމަށެވެ.
17މީގެ އިތުރުން ޢަލީ ނިޝާންގެ ފަރާތުން ސިވިލް ކޯޓަށް ހުށަހަޅާފައިވަނީ ކޮޕީ ރައިޓް އިންފްރިންޖްމަންޓްއެއް ވެގެންކަމަށާއި، އެއްވެސް ހާލެއްގައި ކޮންޓްރެކްޓެއް އެންފޯސ ނުކޮށްގެން ނޫންކަމަށެވެ. އެއީ ޢަލީ ނިޝާންގ ފަރާތުން ސިވިލް ކޯޓުގައި ދެއްކި ވާހަކަތަކެއް ނޫންކަމަށެވެ. އިސްތިއުނާފުކުރާ ފަރާތުން އެދޭގޮތް:
18އްސްތިއުނާފުކުރާފަރާތުނުމ މައްސަލާގައި އެދިފައިވަނީ ސިވިލް ކޯޓުގެ ނަންބަރ 4710/Cv-C/2018 ޤަޟިއްޔާގަ ނިންމު މަށް ބަދަލުގެންނަންޖެހޭ ކަމަށް ބުނާހުށަހަޅާފައިވ ޙުކުމުގެ އެބައި ބާޠިލްކޮށްދިނުމަށާއި، އިސްތިއުނާފުކުރާ ފަރާތުން ދަށު ކޯޓަށް މައްސަލަ ހުށަހެޅި ފޯމުގެ 12.1، 12.2 އަދި 12.4 ގޭއަ ބަޔާންކޮށްފައިވާ އެދިގޮތާ އެއްގޮތަށް ކަނޑައަޅއ މި މައްސަލަ ނިންމައިދިނުމަށެވެ.އެއް؛
18.1. ދާ ޢަ ވާކުރާ ފަރާތުގެ ކޮޕީރައިޓް ޙައްޤަށް ދަޢުވާކުރާ ފަރާތުން އަރައިގަނެފައިވާ ކަމުގައި ކަނޑައަޅާދެއްވުން.
18.1.1. މިހާތަނަށް ނުބަހާހުރި އެންމެހާ ކޮޕީއެއް ޝަރީޢަތުގެ ބެލުމުގެ ދަށުން ނައްތާލުމަށާއި،
18.1.2. އެކަމަށްޓަކައ ދަޢުވާކުރި ފަރާތުގާ ކިބައިން މަޢާފުއެދި، ޕްރިންޓް އަދި އޮންލައިންމަޖައްލާތުކުގައި ފޮޓޯ ޝާއިޢުކުރިހެން "ފުލް ޕޭޖް އެޕޮލޮޖީއެއް" ޝާއިޢުކުރުމަށް އަންގާ އަމުރުކުރުން.
18.2. ކޮޕީރައިޓާގުޅޭ އެހެނިހެން ޙައްޤުތަކުގެ ޤާނޫނުގެ 31 ވަނަ މާއްދާގެ )ހ( ގެ ދަށުން (actual damages) ގެ ގޮތުގައި ދަޢުވާކުރާ ފަރާތުން އެންމެ ފުރަތަމައިނުނ އެދުން 10,000 )ދިހަހާސް( ދިވެހިރުފިޔާ ނަގައިދިނުމާއި،
18.3. ކޮޕީރައިޓާގުޅޭ އެހެނިހެން ޙައްޤުތަކުގެ ޤާނޫނުގެ 31 ވަނަ މާއްދާގެ )ށ( ގެ ދަށުން (examplary damages) އުފެއްދުން ނަކަލުކޮށްފައިވަނީ މަޖައްލާގެ ފުލް ޕޭޖްކޮށް ދެ ޞަފްޙާއެއްގައި ކަމުން އަދި މިމަޖައްލާއަކީފުލްޕޭޓް 1500 )ފަނަރަސަތޭކަ( ޔޫ.އެސް.ޑޮލަރަށް ވިއްކާމަޖައްލާއެއް ކަމުން، އެފަރާތުން ޗާޕުކޮށްފައިވާ 10,000 ކޮޕީއަށް ނިސްބަތްވާ އަދަދު ހިސާބުކޮށް، ޝަރިއތަށަ ޢަދުލުވެރި މިންވަރު ކަނޑައަޅާ އެ ފައިސާ ޝަރީޢަތް މެދުވެރިކޮށް ނަގައި ދިނުމެވެ. އިސްތިއުނާފު ރައްދުވާ ފަރާތުގެ ވާހަކަތައް:
19މެޓާޓޯގެ ފަރާތުން ޢަލީ ނިޝާންގެ ވާހަކަތަކަށް ރައްދު ދެމުން ބުނެފައިވަނީ، ދެފަރާތް ދެމެދު ކޮންޓްރެކްޓެއް ވީއިރު، އެމުޢާމަލާތުގިކޮންސިޑަރޭޝަންއެއް އޮތްކަމާމެދު ޢަލީ ނިޝާންގެ ފަރާތުން ސިވިލް ކޯޓުގައި ސުވާލު އުފައްދާފައެނުވާކަމަށެވެ. ޢަލީ ނިޝާންގެ ފަރާތުން ބުނަމުން އައީ ކޮންސިޑަރޭޝަން އަދާކުރުމަކީ ކޮންޓްރެކްޓު ވުޖޫދުވުމުގާ ރުކުނެއްކަމަށެވެ.ކޮންޓްރެކްޓެއް ވުޖޫދުވުމަށްޓަކައި ލާޒިމުވަނީ ކޮންސިޑަރޭޝަންއެއ އޮތުންކަމަށާއި، ކޮންސިޑަރޭޝަން އަދާކުރުމާއި ކޮންސިޑަރޭޝަން އޮތުމަކީ ދެކަމެއްކަމަށެވެ.
20މި މައްސަލައިގެދެފަރާތުގެ ދެމެދުގާއަ ކޮންސިޑަރޭޝަންއެއް އޮތްތޯ ބަލާއިރު، ޢަލީ ނިޝާންގެ ފަރާތުނ ވަޢުދުވެފައިވަނީ ލައިސަންސްއެއް ދިނުމަށްކަމަށެވެ. އަދި މަޓާޓޯއިން ވައުދުވެފައިމިވަނީ އެކަމަށް ފައިސ ދިނުމަށްކަމަށެވެ. އަދި ދެފަރާތް ދެމެދުވެފައިވާ ކޮންޓްރެކްޓުގެ ދަށުން ޢަލީ ނިޝާންގެ ފަރާތުން އްފެއްދުނ ފޯރުކޮށްދީ އެ އުފެއްދުން ބޭނުންކުރުމުގެ ހުއްދަ ދީފައިވާކަމަށެވެ. އެހެންކަމުން އެއްބަސްވުމަށް ޢަމަލުކުރަން ފަށާފައިވާކަން ސާފުކަމަށެވެ. އެއްބަސްވުމެއް ވުޖޫދުވުމަށް މުހިއްމީ ކޮންސިޑަރޭޝަންއެއް އޮތުންކަމަށާއި، ކޮންސިޑަރޭޝަނ އަދާކުރުން ނޫންކަމަށެވެ. އެހެންކަމުން ސިވިލް ކޯޓުގެ ނިންމުމަކީ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ )ރ( އާ ޚިލާފު ނިންމުމެއްކަމަށް ބެލޭނެ ފުރުސަތެއް ނެތްކަމަށެވެ. އިސްތިއުނާފު ރައްދުވާ ފަރާތުން އެދޭގޮތް:
21އިސްތިއުނާފ ރައްދުވު މަޓާޓޯގެ ފަރާތުން މިމައްސަލާގައިއެދިފައިވަނީ، މިމައްސަލާގައި ހުށަހަޅާފައިވާ އިސްތިއުނާފި ނުކުތާތަކަކީ އިސްތިއުނާފުކުރުމުގެ ހުއްދަދޭ މިންގަނޑު ގިރާކުރާ ނުކުތާތަކެއް ނޫންކަމުގައ ކަނޑައަޅައި ދިނުމަށާއި، މިއިސްތިއުނާފަކީ frivolous މިއްސަލައެއްކަމުގައަ ކަނޑައަޅައި މައްސަލަ ބާޠިލްކޮށްދިނުމަށވެ. އަދި މިމައްސަލަ ބަލައިގަނެ ކުރިއަށް ގެންދާކމުގައަ ވަނީނަމަ، މިމައްސަލައިގއަ ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާއަކީ ޤާނޫނީ އެއްވެސް ބުރަދަނެއް ހުރި ނުކުތާއެއްނޫންކަމަށް ކަނޑައަޅއިދިނުމަށާއި،ދެފަރާތުގެ ދެމެދުގައިވާ އެއްބަސްވުމަށް އިޙްތިރާމްކުރުމަށް އިސްތިއުނާފުކުރާ ފަރާތުގެ މައްޗަށް އަމުރުކޮށްދިނުމަށާއި،ސިވިލ ކޯޓަށް ހުށަހެޅް ދަޢުވާއިން ދިފާޢުވުމުގެ ޚަރަދުތައް އިސްތިއުނާފުކުރާ ފަރާތުނ ދައްކަންޖެހޭނެކަމަށް ކަނޑައަޅައިދިނުމަށެވެ. ޝަރީޢަތަށް ފާހަގަކުރެވުނު ކަންކަން:
22މިމައްސަލައިގއަ ގުޅިގެނި ސިވިލ ކޯޓުގެ ނަންބަރު 4710/Cv-C/2018 ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓަށާއި، އްޤަޟިއްޔާ އިސްތިއުނާފުކުރުމަށް ޢަލީ ނިޝާނާ ގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާތަކާއި ގުޅިގެނި ދެފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި އެންމެހައި ލިޔުންތަކަށް ބަލައި،ޝަރީޢަތަށް ފާހަގަކުރެވުނު ކަންކަން ތިރީގައ އެވަނީއެވެ.
23ޢަލީ ނިޝާންގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައަކީ، ޢަލީ ނިޝާން އާމްދަނީ ހޯދުމަށް ކުރަމުން އަންނަ ފޓޯގްރަފީ މަސައްކަތުގެ ތެރެއިން ]އަވަސް[ މީޑިއާގެ ]ވީކްއެންޑް އިންޓަރވިއު[ ޕްރޮގްރާމަށް ޢަލީ ނިޝާން ތައްޔާރުކޮށް 2016 މާރިޗް 10 ވަން ދުވހަ ޝާއިޢުކުރި ކޮޕީރައިޓަ ފޮޓޯ، 2018 މާރިޗް މަހު ޖަރުމަނު ވިލާތުގެ ބަރލިންގައ ބޭއްވުން ]އައި.ޓީ.ބީ ބަރލިން[ ޓޫރިޒަމް ފެއަރ ފަދަފޯރަމްތަކުގައި ބެހުމަށް ތައްޔާރކުރެވުނު މަޖަލާއެއް ކަމުގައިވާ ]މޯލްޑިވްސް ފައިންޑަރ[ގެ 6 ވަނަ އަދަދުގައި މަޓާޓޯއިން ޢަލީ ނިޝާންގެ ހުއްދަ ނެތި އަލުން އުފައްދާފައި ނުވަތަ ނަކަލުކޮށްފައިވާތީ، ކޮޕީރައިޓް ޤާނޫނު ގ 30 ވަނަ މާއްދާގެ )ހ( ގެ ދަށުނ،އެޢމަލު ހުއްޓުވައްއެފަދ ކަންކަނަ ތަކުރިރުވުނާ ހުއްޓުވުމުގެ އަމުރެއް ނެރެދިނުމަށާއި އަދ ބަދަލު ނަގައިދިނުމުގެ އަމުރަކަށް އެދި ހުށަހެޅި މައްސަލައެކެވެ.
24ސިވިލް ކޯޓުގެ ނަންބަރ 4710/Cv-C/2018 ޤަޟިއްޔާ ގައިއެކޯޓުން ނިނމަވަފައިވަނީ، ޢަލީ ނިޝާންގ ފަރާތުން ހުށަހެޅި ދަޢުވާގައި ބަޔާންކުރާފަދަ ކޮޕީރައިޓް ހައްޤެއްގެއްލިފައިނުވ ކަމަށާ ކަނޑައަޅއ އެގޮތުގެ މަތިންނެވެ. ސިވިލް ކޯޓުގް އެ ނނި މުނިބިނާ ކޮށްފައވަނ، ޢަލީ ނިޝާންއާ މަޓާޓޯއ ދެމެދާ އެއްބަސްވުމެއް ވެފައިވާ ކަމަށް ބުނާ އަސާސްގެ މައްޗަށެވެ.
25ޢަލީ ނިޝާންގެ ފަރާތުން ހުށަހަޅާފައިވާ މި އިސްތިއުނާފުގައިހައިކޯޓުން ގޮތެއް ކަނޑައަޅަންޖެހެނީ، މި މައްސަލައިގައި ވާހަކަދެކެވޭ ޢަލީ ނިޝާންގ ]ކޮޕީރައިޓް ފޮޓޯ[ މަޓޯޓާގެ ފަރާތުން ]މޯލްޑިވްސް ފައިންޑަރ[ ގެ 6 ވަނަ ޢަދަދުގައި ޝާއިޢު ކުރުމާ ގުޅޭގޮތުން ޢަލީ ނިޝާންއާ މަޓާޓޯއާދެމެދު އެއްބަސްވުމެއް ވުޖޫދުގައި ވޭތޯ، އެ ނުކުތާގެ މައްޗަށެވެ.
26މި މައްސަލައިގެ ވާޤިއާ ތަކަށް ބަލާއިރު، މިމައްސަލައިގައި ވާހަކަދެކެވޭ ކޮޕީރައިޓް ފޮޓޯ، މަޓާޓޯގެ ފަރާތުން ދެ ތާރީޚެއްގައި ޝާއިޢަކުރިކަން އެނގެއެވެ. އެންމެ ފުރަތަމަ އެ ފޮޓޯ ޝާއިޢު ކޮށްފައި ވަނީ 2018 މާރޗި މަހުގެ ތެރޭގައި، ޖަރުމަނުވިލާތުގެ ބާރލިންގައި އޮތް ]އައި.ޓީ.ބީ ފެއަރ[ ގައި ބެހުމަށް މަޓާޓޯއިންތައްޔާރުކުރި މަޖައްލާއެއް ކަމަށްވާ ]މޯލްޑިވްސް ފައިންޑަރ[ގެ 6 ވަނަ ޢަދަދުގައެވެ. ދެވަނައަށް ޝާއިޢުކޮށްފައި ވަނީ 2018 ޖޫން 05 ގައި، މަޓާޓޯއިނ ނެރުނު ]މޯލްޑިވްސް ފައިންޑަރ[ ގެއޮންލައިން ޢަދަދުގައެވެ.
27މަޓާޓޯގެ ފަރާތުން އެ ފޮޓޯ 2018 މާރިޗް ގައު ޝާއިޢުކޮށްފައިވަނ ޢަލީ ނިޝާންގެ ހުއްދްއެއ ނެތް އެފަރާތަށަ އެންގުމެއނެތ ކަމަށް ޢަލީ ނިޝާން ފާހަގަކުރެއެވެ.މަޓާޓޯގު މަޖައްލާގައި އެ ފޮޓޯ އެންމެ ފުރަތަމަ ފަހަރަ ޝާއިޢުކުރި އިރު އެފޮޓޯގެ މުޞިއްނިފުގެ ހުއްދަ ލިބފައުނުވާކަމަށްއިސްތިއުނާފޭމެކުރެވު ސިވިލް ކޯޓުގ ނަންބަރ 4710/Cv-C/2018 ޤަޟިއްޔާގެ ހަވަނަ ނަންބަރުގައް ޝަރީޢަތުނވެސް ފާހަގަކޮށްފައިވެއެވެ.
28މި މައްސަލައިގައިހުސޫމަތު އުފެދިފައިވާ އެއްބަސްވުނ ވުޖޫދަށް އައިސްފައިވަނީ،މ މައްސަލައިގައި ބަޔާންކުރާ ފޮޓޯ 2018 މާރިޗު މަހުގެ ތެރޭގައި، ]މޯލްޑިވްސް ފައިންޑަރ[ގ 6 ވަނަ ޢަދަދުގައި މަޓާޓޯއިނުޝާއިޢު ކުރިކަން ޢަލީ ނިޝާނައަށ އެނގުން ހިސާބުންނެވެ. ޢަލީ ނިޝާން ބުންގޮތުނ އެކަން ޢު ލީ ނިޝާންއަށ އެނގނ 2018 މެއި މަހުގެ ތެރޭގައެވެ.އެކަނ އެނގުން ހިސާބުން ޢަލީ ނިޝާންގެ ޙައް ޤުވެރި ބަދަލު ހޯދުމާ ގުޅަ ގެ ތުން ޢަލީ ނިޝާން މަޓާޓޯއ ވާހަކާ ދެކެވި މަޝަވަރާ ކުރެވިފައިވެއެވެ.ޢަލީ ނިޝާންގެ ފަރާތުނ މުޢާމަލާތްކޮށްފައިވަނީ މަޓާޓޯގެ ސެކެރަޓ ޖނެރަލ އިބްރާހީމް މުނާޒުއާއެވެ.
29އެގޮތުން،އެ ފޮޓޯ ބޭނުންކުރުމުގެ ހުއްދައެއްދިނުމާ ގުޅގޮތުނޭޢަލީ ނިޝާން އއިއިބްރާހީމް މުނާޒުއާ ކުރެވުނު މުޢާމަލާތުގެ ތެރޭގައްއެފޮޓޯ ބޭނުންކުރުމާ ގުޅޭގޮތުން ޢްލީ ނިޝާންގެ ފަރާތުނ ފަހުނިއަގެއް ކަނޑައަޅައޯމަޓްޓއަށ ހުށަހެޅުމެއް،ހުށަހަޅާފައިވެއެވެ. އިސްތިއުނާފުމުކުރެވ ސިވިލް ކޯޓުގެ ނަންބަރ 4710/Cv-C/2018ޤަޟިއްޔާގިނި ންމުމަށް ވާޞިލ ވުމުގައ،ޢަލީ ނިޝާންއާ މަޓާޓޯއ ދެމެދާ އެއްބަސްވުމި އ އޮތްކަމަށް ކަނޑައަޅާފައްވަނީ މިބަޔާންކުރެވުނު ހުށަހެޅުމާއިގުޅިގެނ މި ދެފަރާތުގެ ދެމެދުގައި މުޢާމަލާތްކުރެވފައިވާ ގޮތުގެ މައްޗަށް ރިޢާޔަތްކޮށް، ދެފަރާތުގެ ދެމެދުގައްއެއްބަސްވުމެއް ވެފްއިވާކަމަށަ ޝަރީޢަތަށް ސާބިތުވާތީކަން، އެ މައްސަލައިގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން އެނގެއެވެ.
30މާ ބަޔާންކުރެވުނު މުޢާމަލާތް ހިނގާފައިވާ ގޮތަށް ބަލާއިރު، ދަޢުވާގައިބަޔާންކުރ ފޮޓޯ ބޭނުންކުރުމުގެ ހުއްދަ ދިނުމާގުޅޭ ގޮތުނ ޢަލީ ނިޝާންގެ ފަރާތުން މަޓާޓެއަށޯހުށަހޅ ހުށަހެޅުމުގައި ބަޔާންކުރަނީ؛ ޢަލީ ނިޝާންއ އިބްރާހީމާ މުނާޒުއ ދެމެދާ ފޯނުން ކުރެވިފައިވާ މުޢާމަލާތުގެ ސްކްރީން ޝޮޓ “I will give you a green but I think the cost will be higher like mvr 10000”
31ބުނެވިދިޔަ ހުށަހެޅުމާ ގުޅޭގޮތުން ދެފަރާތުން ވާހަކަ ދެކެވި، 29 މޭ 2018 ގްއިޢަލީ ނިޝާންގެ ފަރާތުނ އްފޮޓޯއާ ގުޅޭގޮތުން ކޯޓޭޝަނެއަ އީމެއިލް މެދުވެރިކޮށް އިބްރާހީމް މުނާޒށް ފޮނުވިއެވެ. އެ ކޯޓޭޝަންގައި ]ބަޠޫލް[ގެ ފޮޓޯ ޝާޢިއ ކުރުމަށު ޖުމްލަ އަގެއްގެ ގޮތުގައި 10,000/-ރ.)ދިހހާސަ ރުފިޔާ( ކަނޑައަޅާފައިވެއެވެ.
32ޢަލީ ނިޝާންގެ ފަރާތުން ހުށަހެޅި އެ ހުށަހެޅުންޤަބޫލުކރާކަނ 30މޭ 2018 ގައިޢ ލީ ނިޝާންއަށ އީމެއިލް މެދުވެރިކޮށް މަޓޯޓާއިން އެންގިއެވެ.ޢަލީ ނިޝާންގ އެ ހުށަހެޅުނެ ޤަބޫލުކުރާކަން މަޓާޓޯއިން އެންގުމުން މިމައްސަލައިގައި ބަޔާންކުރާ ކޮޕެރައިޓް ފޮޓީގ ޕްރިންޓިންގ ރެޑް ފައިލްސް )CMYK ފޯމެޓް އަދ RGB ފޯމެޓް( އާއި އިންވޮއިސް އާއެކު ޢަލީ ނިޝާންގެ ފަރާތުން މަޓާޓޯއަށ މެއިލް ކުރިއެވެ.
3305 ޖޫން 2018 ގައި މަޓާޓޯއިނ ނެރުން މޯލްޑިވްސް ފައިންޑަރާގެއޮންލައިން ޢަދަދުގައި އެ ފޮޓޯ ޝާއިޢު ކޮށްފައިވެއެވެ. މި މައްސަލައިގައި ބަޔާންކުރާ ކޮޕީ ރައިޓްސް ފޮޓޯ ޝއިޢ ކުރުމުގެ އަގެއް ގޮތުގައިޢްލަ ނިޝާނ ހުށަހެޅް ކޯޓޭޝަންގައިވ ފައިސާ މަޓާޓޯގެ ފަރާތުންޢް ލީ ނިޝާނއަށާ ދީފައިނުވެއެވެ. އެފައިސާ ދިނުމަށް މަޓާޓޯގެ ފަރަތުނައިންކާރުކޮށްފައިވ ކަމަށާ ޢާލީ ނިޝާނުގެ ފަރާތުން ފާހަގަކުރެއެވެ. އެމަޖައްލ ]ރީކޯލް[ ކުރާނެ ކަމަށްމަޓޯޓާގެ ސެކްރެޓަރީ ޖެނރަލ އިބްރާހީމް މުނާޒު އެންގި ކަމަށް ޢަލީ ނިޝާންގެ ފަރާތުން ފާހަގަކުރެއެވެ.
34އިސްތިއުނާފު ކުރެވިފައިމިވާ މައްސަލަ ޢަލީ ނިޝާންގެ ފަރާތު ނ ޝަރީޢަތަށް ހުށަހަޅާފައިވަނީ، މ މައްސަލައިގައ ބަޔާންކުރި ފޮޓޯ ޢީލީ ނިޝާންގެ ހުއްދަ ނެތި ނަކަލުކޮށް ޝާއިޢުކުރުމުގެ ސަބަބުން ޢަލ އިންވޮއިސް: 2018i-05-25 )31 މޭ 2018( އިބްރާހީމް މުނާޒުގެ ފަރާތުން 03 މޭ 2018 ގައި އަލީ ނިޝާންއަށް ފޮނުވާފައިވާ މެއިލް 31 މޭ 2018 ދުވަހުގެ 17:08 ގައި ޢަލީ ނިޝާން ފޮނުވާފައިވާ މެއިލް ނިޝާންގެ ޙައް ޤެއ ގެއްލިފައިވާކަމަށް ދެކޭ، ދެފަރާތުގެ ދެމެދުގައި ފަހުން އެއްބަސްވިގޮތަށްޢަ ލީ ނިޝާނަށ ފައިސިލިބީފައ ނުވާތީ އެފައިސާ ހޯދުމުގެ ގޮތުން ކަމަށް އަލީ ނިޝާނގެ ފަރާތުން ފާހަގަކޮށްފައިވެއެވެ.
35HN1އިސްވެ ބަޔާން ކުރެވުނު މުޢާމަލާތަކީ، ކޮންޓްރެކްޓިބެހޭ ޤާނޫނާއާއަދީކޮންޓްރެކްޓގުޅޭ އުޞޫލުތަކުގެ އަލީގައި، އެއްބަސްވުމެއް އުފަންކުރުވި މުޢާމަލާތެއްތޯ ބަލާއިރު، މައްސަލައިގައި ޙަވާލާދެވުނު މުޢާމަލާތުގައި) offer( ހުށަހެޅުމަކާއި )acceptance( ޤަބޫލުކުރުމެއް ހިމެނޭކަން އެނގެއެވެ. ކޮންޓެރެކްޓާބެހޭ ޤާނޫނު ގައި ކޮންޓްރެކްޓް ކުރެވޭ ގޮތް ބަޔާންކޮށްފައިވަނީ، އެކަކު އަނެކަކަށް ހުށަހަޅާ ހުށަހެޅުމެއް، އެ ހުށަހެޅުން ރައްދުވީ ފަރާތުނޤ ބޫލުކުރުމުނ ކޮންޓްރެކްޓެއް ކުރެވުން ކަމަށެވެ.
36މި މައްސަލައިގައިދެފަރާތުގެ ދެމެދުގައި ބަދެވޭ އެއްބަސްވުމެއް ވުޖޫދުވެފައި ނުވާކަމަށް ޢަލީ ނިޝާންގެ ފަރާތުން ބުނާއިރު، އެފަދައިން ބުނާ ސަބަބަކީ ދެފަރާތުން މިމައްސަލައިގައި އެއްބަސްވި އަގާއި ގުޅޭގޮތުން ޙވާލުކުރި އިންވޮއިސްއަށް 05 މަސްދުވަސް ވީއިރުވެ ފައިސާ ދައްކައި ޚަލާސްކޮށްފައި ނުވާތީކަމަށް ލީޢ ނިޝާންގެ ފަރާތުން ފާހަގަކޮށްފައިވެއެވެ. ހުށަހެޅިފައިވާ މައްސަލައިގެ އިސްތިއުނާފުގައިޢް ލަނިޝާނިގ ފަރާތުން ދެއްކި ވާހަކަތަކުގައި މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވަނީ، މައްސަލާގައި ޙަވާލާދޭމުޢާމަލާތުގައި މުޤާބިލު )consideration( ފުރިހަމަ ވެފައި ނެތްކަމަށާއި، ކޮންސިޑަރޭޝަން ފުރިހަމަ ވެފައި ވުމަކީ އެއްބަސްވުމުގެ ރުކުނެއްކަމަށެވެ.
37HN2ކޮންޓްރެކްޓާބެހޭޤާނޫނުގާ އ "މުޤާބިލް" އާބެހޭ ގޮތުން އުޞޫލެއް ބަޔާންކޮށްފައި ނުވެއެވެ. ކޮންޓްރެކްޓާބެހޭ ޤާނޫނުގެ ބޭނުމަށް މުޤާބިލް )consideration( އަކީ ކޮބައިކަން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަމިރާ އިންޖިނިއަރިންގ އެންޑް ޓްރޭޑިންގްޕްރައިވެޓ ލިމިޓެޑް ވ. ޖައުސާ ކޮންސްޓްރަކްޝަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގައިބަޔާންކޮށްފައއެވެ. އެގޮތުން ޙަވާލާދެވުނު ޤަޟިއްޔާގައި، މުޤާބިލަކީ ކޮންޓްރެކްޓެއްގައި ޤާނޫނު ނަންބަރު 91/4 ޤާނޫނު ނަންބަރު 91/4 ) ކޮންޓްރެކްޓާބެހޭ ޤާނޫނު( 5 ވަނަ މާއްދާ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު [2021] SC 53 ހިމެނޭ އެއް ފަރާތުން އަނެއް ފަރާތަށް ވާ ވައުދެއް ރައްދުގައި ވައުދ ރައްދުވު ފަރާތުން ވައުދުވީ ފަރާތަށް ދޭ އަގ ނުވަތު ކޮށްދޭ ކަމެއް ނުވަތަ ނުކޮށް ދްކޮށްލާ ކަމެއް ނުވަތަ ދޫކޮށްލާ ޙެއޤއ ކަމަށް ބަޔާންކޮށްފައިވެއެވެ.
38HN3މުޤާބިލެއް އޮތުމަކީ ކޮންޓްރެކްޓެއް ފުރިހަމަ ވުމަށް ކޮންމެހެން ފުރިހަމަ ވާންޖެހޭ އުންސުރެއްކަމަށް ދިވެހިރާއްޖޭގެ ކޯޓުތަކުން ޤަބޫލުކޮށްފައިވާ ކަމަށްވެސް އިސްވެ އިޝާރާތްކުރެވުނު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަމިރާ އިންޖިނިއަރިންގ އެންޑް ޓްރޭޑިންގިޕްރައިވެޓ ލިމިޓެޑް ވ. ޖައުސާ ކޮންސްޓްރަކްޝަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑު ޤަޟިއްޔާގައ ފާހަގަކޮށްފައި ވެއެވެ.
39HN4އެހެންކަމުން، މުޤާބިލެއް އޮތުމަކީ އެއްބަސްވުމެއް ފުރިހަމަ ވުމަށް ކޮންމެހެން ފުރިހަމަ ވާންޖެހޭ އުންސުރެއްކަން އެނގެއެވެ. މުޤާބިލެއްނެތި ވެވޭ އެއްބަސްވުމަކީ ޤާނޫނީ ގޮތުން ތަންފީޒުކުރެވޭނެ އެއްބަސްވުމެއް ނޫނެވެ. އިސްތިއުނާފުކުރި ފަރާތުންޙވާލާދީފައިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރ 2013/HC-A/363 ޤަޟިއްޔާއަ ށ ބަލާއިރު އެޤަޟިއްޔާގައިޙަވާލާދީފައިވާ އެއްބަސްވުމްކީ ޞައްޚްއެއްބަސްވުމެއް ނޫނކަމަށ ބަލާފައިވަނީ، އެ އެއްބަސްވުމުގެ ދަށުން މުޤާބިލެއް ކަނޑައެޅި ލިބިދީފައިނުވާތީކަން އެނގެއެވެ. އެހެންކަމުން، ޤާނޫނީ ގޮތުން ބަނދެވޭއެއްބަސްވމަކަށ މުޤާބިލެއް ކަނޑައެޅިފައި އޮތުން ލާޒިމްކަނ އެނގެއެވެ. ނަމަވެސް އެއްބަސްވުމަށް ވަންނައިރު މުޤަބިލު ފުރިހުމާވުނ ލާޒިމް ނވކަން އެނގެއެވެ.
40HN5އެހެންކަމުން، މި މައްސަލައިގައިޢަލީ ނިޝާންއާ މަޓާޓޯއ ދެމެދާ ]ކަން ނިމުން ފަހުން ވެފައިވާ އެއްބަސްވުމަކީ[ )facto post ex( އެއެއްބަސްވުމުގއަހުށަހެޅު މާއި ޤަބޫލު ކުރުނާފުރިހަމވެއަދި އެއްބަސްވި ކަމުގެ މައްޗަށްމުޤާބިލެއް ކަނޑައެޅިފައިވާ އެއްބަސްވުމެއްކަން އެނގެއެވެ.ޢަލީ ނިޝާންގ ފަރާތުން ހުށަހީ ޅ ކޯޓޭޝަންގައ ފައިސި ދައްކަންޖެހޭ ވަކި ވަގުތެއް ކަނޑައަޅާފައެއް ނުވެއެވެ. ފައިސާ ދެއްކުން ލަސްވުމަކެއެއްބަސްވުމުގައްމުޤާބިލެ އ ކަނޑައެޅިފައި ނެތުނކަމަށް މާނަ ކުރެވޭނެ ހަމައެއް ނޫނެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު [2021] SC 53 ޤަޟިއްޔާގެ 19 ވަނަ ނަންބަރު. މައްސަލަ ނިންމަން ފެންނަގޮތް:
41ވީމާ، ސިވިލް ކޯޓުގެ ނަންބަރ 4710/Cv-C/2018 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް ޢަލީ ނިޝާންގ ފަރާތުނާހުށަހަޅާފައިވ ނުކުތާތަކުގެ މައްޗަށް ރިޢާޔަތްކޮށް،އަޤަޟިއްޔަ ގުއި ޢްލީ ނިޝާންއާ މަޓާޓޯއ ދެމެދާ އެއްބަސްވުމެއް ވެފައިވާ ކަމަށ ކަނޑައަޅައް ނ ންމި ނިންމުމަށް ބަދަލު ގެންނަނޖެހ ޝަރުޢީ ޤާނޫނީސަބަބެއް ނެތްކަމަށެ ކަނޑައަޅައް މައްސަލި ނިންމަނެފެ ނއވެ.
ފަނޑިޔާރު މުޙައްމަދު ނިޔާޒްގެ ރައުޔު
42ޤާނޫނު ނަންބަރު:2010/23 )ކޮޕީރައިޓާއި އެއާގުޅޭ އެހެނިހެން ޙައްޤުތަކުގެ ޤާނޫނު( އާއި ޚިލާފަށް ޢަލީ ނިޝާންގެ ހައްދަ ނެތި މިޤަޟިއްޔާގައި ބަޔާން ކުރާ ފޮޓޯ މެޓާޓޯއިން ބޭނުންކޮށްފައިވާކަމަށަ ބުނެ ޢަލީ ނިޝާންގ ފަރާތުން ހުށަހަޅާފައިވާ މިމައްސަލައަށް ބަލާއިރު އަންނަނިވި ކަންކަން ފާހަގަ ކުރެއެވެ.
43HN6ޤާނޫނު ނަންބަރު: 2010/23ގެ 9 ވަނަ މާއްދގައާ ބަޔާން ކުރަނީ؛ މްޞައްނިފުގު 9. )ހ( ލިޔެފައިވާ އެއްބަސްވުމެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު،އ ޙައްޤުތައް އުފެއްދުމުގެ ކޮޕީރައިޓު އޮންނާނީ އެ އުފެއްދުމުގެ މުޞައްނިފަށެވެ. )ށ( ލިޔެފައިވާ އެއްބަސްވުމެއްގައި އެހެންގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، އެ އުފެއްދުމެއް ޝާއިޢުކުރުމާއި، އެ އުފެއްދުމެއް ޝާއިޢުކުރާނެގޮތް ކަނޑައެޅުމުގެ ޙައްޤު ލިބިގެންވަނީ އެ އުފެއްދުމެއްގެ މުޞައްނިފަށެވެ. )ނ( ލިޔެފައިވާ އެއްބަސްވުމެއްގައި އެހެންގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، އުފެއްދުމުގެ އިޤްތިޞާދީ ފައިދާ ހޯދުމުގެ އަދި ވިޔަފާރީގެ ގޮތުގައި އެ އުފެއްދުމެއް ބޭނުންކުރުމުގެ ޙައްޤު ލިބިގެންވަނީ އެ އުފެއްދުމުގެ މުޞައްނިފަށެވެ. މިފަދައިންނެވެ. އެހެންކަމުން، މިޤަޟިއްޔާގައި ބަޔާނުކުރާ ފޮޓޯ ގެ ކޮޕީރައިޓް އޮތް އެއްފަރާތަކ ޢަލީ ނިޝާނަށ ކަން މިޤަޟިއްޔާގައި އިސްވެ ފާހަގަ ކުރެވުނިކަންކަމުން ސާފުވެއެވެ. އަދި އެ އުފެއްދުމެއް ޝާއިޢުކުރުމާއި، ޝާއިޢުކުރާނ ގޮތެ ކަނޑައެޅުމާއި އިޤްތްޞާދީ ފައިދާ ހޯދުމުގެ އަދި ވިޔަފާރީގެ ގޮތުގައި އެ އުފެއްދުން ބޭނުން ކުރުމުގެ ޙައްޤު އޮތް އެއްފަރާތަކ ޢަލީ ނިޝާންކަން ސާފުވެއެވެ.
44ހަމައެހެންމެ، ބަޔާންވެދިޔަ ޙއްޤުތައ އެހެން ފަރާތަކަށް ދިނުމުގެ ޙައްޤުވެސް މުޞައްނިފަށް ލިބިގެންވެއެވެ. ޤާނޫނު ނަންބަރު:2010/23 ގެ 10 ވަނަ މާއްދާ ގައި ބަޔާންކުރަން ؛ އިޤްތިޞާދީ 10. )ހ( މި ޤާނޫނުގެ 13 ވަނަ މާއްދާއިން ފެށިގެން 20 ވަނަ މާއްދާއާއި ދެމެދުގައިވާ ޙައްޤުތައްގޮތުގެމަތިން، އުފެއްދުމަކާގުޅޭ ގޮތުން ތިރީގައި މ ވާ ކަންތައްތައް ކުރުމުގެ ނުވަތަ އެއިންކަމެއ ކުރުމަށް ހުއްދް ދިނުމުގެ ޙައްޤު ލިބިގެންވަނީ މުޞައްނިފަށ ނުވަތް ނަކަލުކުރުމުގެ ވެރިފަރާތަށެވެ. )1( އުފެއްދުމެއް އަލުން އުފެއްދުން ؛ )2( އުފެއްދުމެއް ތަރުޖަމާ ކުރުން؛ )3( އުފެއްދުމަކަށ ބަދަލެއް ގެނައުން؛ )4( ނަކަލުކުރުމުގެ ވެރިފަރާތުން އެހެން ފަރާތަކަށް ހުއްދަދީފައ ނުވި ހިނދެއްގައި އުފެއްދުމުގެ އަސްލެއް ނުވަތަ ކޮޕީއެއް ޢާންމުންނަށް ވިއްކުން، ކުއްޔަށް ދިނުން، ޢާންމުންނަށ ދޫކުރުން ނުވަތް އެހެން ގޮތަކުން ނަމަވެސް ފޯރުކޮށްދިނުން؛ )5( އޯޑިއޯ ވިޝުއަލް އުފެއްދުމެއް، އަޑުގެ ރިކޯޑިންގއެއްގައ ހިމެނި އުފެއްދުމެއް، ކޮމްޕިއުޓަރ ޕްރޮގްރާމެއް، ޑޭޓާ ބޭސްއެއް )މަޢުލޫމާތު ކޮށާރެއް( ނުވަތަ ނޮޓޭޝަންއެއްގެ ސިފައިފައިވާ މިޔުޒި ކުގެ އުފެއްދުމެއްގެ އަސްލެއް ނުވަތަ ކޮޕީއެއް އެ އެއްޗެއްގެ ވެރިފަރާތަކީކޮންމެފަރާތެއް ކަމުގައިވިޔަސް، ކުއްޔަށް ދިނުން ނުވަތަ އެހެން ގޮތަކުން ވިޔަސް ޢާންމުންނަށް ދޫކުރުން؛ )6( އުފެއްދުމުގެ އަސްލު ނުވަތަ ކޮޕީއެއް ޢާންމުނަށް ފެންނަ ގޮތަށް ބެހެއްޓުން؛ )7( އުފެއްދުމެއް ޢާންމުންނަށް ހުށަހަޅައިދިނުން ؛ )8( އުފެއްދުމެއް ބްރޯޑްކާސްޓް ކުރުން؛ )9( އުފެއްދުމެއް، މުއާޞަލާތުކުރުމުގ އެހެނެ ވަސީލަތަކުންވިޔަސް، ޢާންމުންނަށް ފޯރުކޮށްދިނުން. )ށ( ކޮމްޕިއުޓަރ ޕްރޮގްރާމެއް ކުއްޔަށް ދިނުމުގައި ނުވަތަ ދޫކުރުމުގައި އެޕްރޮގްރާމަކީ އޭގެ މައިގަނޑު މަޤްޞަދުކަމުގައި ނުވާނަމަ، އެއަކަށް މި މާއްދާގެ )ހ( ގެ )5( ގައި ބުނެފައިވާ ޙައްޤެއް ނޯންނާނެއެވެ. މިފަދައިންނެވެ. ވީ މ، މުޞައްނިފު ހުއްދަ ދީގެން ކުރޭކަމަކީ، ކޮޕީރައިޓްއާ ޚިލާފުވުން ކަމަކަށް ނުވާނެއެވެ. ސުވާލަކީ، މުޞައްނިފުގެ ހުއްދަ ހޯދަންޖެހެނީ ކޮން އިރަކުހ؟ ބަޔާންވެދިޔަ ޤާނޫނުގެ 10 ވަނަމާއްދާގެ )ހ( ގައި ބަޔާންކުރާ ގޮތުން، ކޮންމެ ވަގުތަކުވެސް މުޞައްނިފަށް ހުއްދަ ދެވިދާނެކަން އެނގެއެވެ. ވީމާ، އެއެއްޗއް ބޭނުންކުރުމަށްފަހު، ހުއްދައަށް އެދޭ ޙާލަތުގައި އެހުއްދަ ދިނުމަކީ މުޞައްނިފަށ އޮތް ޙައްޤެކެވެ. ކުރެވިދާނެ ކަމެކެވެ.
45HN7މިމައްސަލައިގައި، ޢަލީ ނިޝާންގެ ހުއްދަ ކުރިން ހޯދުމަކާއި ނުލައި، މިޤަޟިއްޔާގައި ބަޔާންކުރާ ފޮޓޯ މަޓާޓޯއިންބޭނުންކްރިކަން ސާބިތުވެއެވު . އެހިސާބުނި ފެށިގެން، ކޮޕީރައިޓްއި ޚިލާފުވާ ކަމުގެ ދަޢުވާ އުފުލުމަށް ސަބަބު ވާޤިއުވެފައިވެއެވެ. ނަމަވެސް މަޓާޓޯ އާއި ޢަލީ ނިޝާންއ ދެމެދާ ފަހުން، ވާހަކަ ދެކެވި، facto approval ex post އެ އ، އެހެނީ، މަޓާޓޯގެ ފަރާތުން، ޢަލީ ނިޝާންގެ އުފެއްދުމެއްގެ ކޮޕީރައިޓް ޙައްޤަށް އަރައިގެންފަހުން، ކޮޕީރައިޓްއާ ޚްލާފުވިކަމުގ ދަޢުވެ ޢަލީ ނިޝާން އުފުލުގެ ބަދަލުގައި، އެއުފެއްދުނ މަޓާޓޯއިނ ބޭނުން ކުރުމަށް ޢަލީ ނިޝާން، ފަހުން ހުއްދަދިންކަން އޭނާގެ ބަހުން ސާފުވެއެވެ.
46މި ޙަޤީޤަތުގެ މައްޗަށް ބުރަވެ،ސިވިލ ކޯޓުން ބަލާފައިވަނީ، ޢަލީ ނިޝާން އާއި މަޓާޓޯއާއ ދެމެދި އެއްބަސްވުމެއް ވުޖޫދުވެފައިވާކަމަށެވެ. ދަށު ކޯޓުގެ އެގޮތަށް ބރަވުމުގައ ޤާނޫނި ގޯހެއް އޮތްކަމަށް އަހުރެންނަކަށ ބުރައެއް ނުވެއެވެ. އަދި ޢަލީ ނިޝާން އާއި މަޓާޓޯ އާ ދެމެދު އެއްބަސްވުމެއް ވުޖޫދުވެފައިވާތީ، އެއެއްބަސްވުމުގެ ދަށުން، ޢަލީ ނިޝާންއަށް ލިބެންޖެހޭ މުޤާބިލު ކަމުގައިވާ -/10,000ރ )ދިހަހާސް ރުފިޔާ( ދށަ ކޯޓުނު ލައްވާފައ އޮތި އޮތުންވެސ ޤާނޫން ގޮތުން ގޯސްކަމަށް ބުރައެއް ނުވެއެވެ. ސަބަބަކީ، ޢަލ ނިޝާނ އާއް މަޓާޓޯއ ދެމެދާ ވެފައިވާ އެއްބަސްވުމުގެ ދަށުން، ލިބިދެވޭނެ ފަރުވާއަކީ އެއް ކަމުގައިވާތީ އެވެ.
47ޢަ ލީ ނިޝާނާއި މަޓާޓޯ އާދެމެދު އެއްބަސްވުމެއް ވުޖޫދުވެފައި އޮތްކަން ސާބިތުވާތީ، ޢަލީ ނިޝާންގެ ފަރާތުނ އެދިފައިވާ އިތުރުކަންކަމަށް އެގޮތުގައި ފަރުވާ ދެވިދާނެ ކަމަކަށް ބުރައެއް ނުވެވެއެވެ.
48ވީމާ، މިމައްސަލައިގައި ރިޔާސަތުގެ ނިންމުމަށް އަހުރެން ތާއީދު ކުރަމެވެ.
ފަނޑިޔާރު ފާޠިމަތު ފަރހީޒާގް ރައުޔު
49މި މައްސަލައިގައި ފަނޑިޔާރު މުޙައްމަދު ސަލީމްގެ ރައުޔަށް އަހުރެން ތާޢީދުކުރަމެވެ. ހޯދުމަށް އެދުނު ފަރުވާ ނޫން އެހެން ފަރުވާއެއް ދެވިދާނެކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރ 2021/SC-A/26 [2023] SC 23 ޞަފޫރާ ނާފިޢު މޫސާ ވ. މުޙައްމަދު ޝަރީފް ޤަޟިއްޔާއިން ދަލާލަތުކުރޭ. 2020|HC-A1142 20 o22 i2vrr orrt o / cr-c oro. rrcro?. .r/..r2 22c2//.. CO C. O c Lr-2r-/ .r.?2/u ,.ttc-t., ?trv ?tJ.rrrro .rsttcJpr., 221 t szj ,rJrl 9;r;9 ,,3,3.3,-3 47l)lcv-Cl2}lg jrii c z? o ii-5,-9://raa/, SiLn 2i sev 22- O/ a ? .c oc20.oc 2ca .. 1?.2.1 o .4/* /, ooc o ooca o/co o* 2-U t .r 22Pe.r., ,r2l ., \eez Pl e,4., ,., e 2u/, Pe.*e., 2t., e J., (.rt.r ./, . orroc oc.. ..4CO. OC 2// OluC Cr2' 22 /ox /// a
2.Pt ?2r.-?, r0ooP lJ/e.?.2.r5 2le //ro., S2trla 2rrJ.?r. .rtr, Z.Pt a2 .22J.,tcc o-oD or.. o ao r? . c .. o/ z l? / acl o./ c A-a, 2r.et .r3s?att srrrr ,-2zrJ 2e 2Fa2 2 .rs eY .r,/a// S e.1r/21 , oD au 4o . :r rl 2rrr. a2o JtatP J Z o ,a/ .a Ol Oa aa 2.2 / iz, 2/a a €/4a/ .ro2?.J// /,rr 22J ,r- 12.rr'.2 .rr, 42 .r.r, trJ /2.2J / r, /z ; \f-t:) www.highcourt.gov.lrv :3-;3; [email protected] ._iu.iu
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 5 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 23/2010 (ކޮޕީރައިޓާއި އެއާގުޅޭ އެހެނިހެން ޙައްޤުތަކުގެ ޤާނޫނު) ގެ 9 ވަނަ މާއްދާ އަދި 10 ވަނަ މާއްދާ
- ސުޕްރީމް ކޯޓު، ނަމިރާ އިންޖިނިއަރިންގ އެންޑް ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑް ވ. ޖައުސާ ކޮންސްޓްރަކްޝަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް [2021] SC 53
- ހައިކޯޓުގެ 2013/HC-A/363
- ސުޕްރީމް ކޯޓުގެ 2021/SC-A/26 [2023] SC 23 (ޞަފޫރާ ނާފިޢު މޫސާ ވ. މުޙައްމަދު ޝަރީފް)
ޝަރީޢަތުގެ ވީޑިއޯ
ހައިކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.