ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
2020/HC-A/255

ފާތިމަތުމަނިކެ ވ. މަރްޔަމް ފަރުހާދާ ވަޙީދު

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި
ސުޕްރީމް ކޯޓަށް އިސްތިއުނާފުކޮށްފައި ނުވޭ · ރަޖިސްޓްރީ ބެލީ 15 އޮކްޓޫބަރު 2026ޙުކުމުގެ ހާލަތު
ހައިކޯޓު · 31 އޮކްޓޫބަރު 2021ދަށު ކޯޓު: ފެމިލީ ކޯޓު 743/Fm-C/2020ބާވަތް: ޢާއިލީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
ފެމިލީ ކޯޓު 743/Fm-C/2020
ފަހުގެ ތާރީޚު
ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް

ކޯ ޓާމްސް

ޚުލާޞާ

ކޯޓަށް އައި ގޮތް
ކުރިން ކުރި ޙުކުމާ އެއްގޮތަށް ދެ ދުވަހުގެ ތެރޭގައި ކުއްޖާ މަންމައާ ޙަވާލުކުރުމަށް މާމައަށް އަންގައި، ތަންފީޒުކުރުމަށް އިންކާރުކޮށްފިނަމަ ތަންފީޒުކުރުމަށް ފުލުހުންނަށް އަމުރުކުރިއެވެ.
ވާޤިޢާ
ކުއްޖެއްގެ ޙަޟާނަތު މަންމައަށް ލިބިގެންވާ ކަމަށް 2013 ގައި ފެމިލީ ކޯޓުން ކުރި ޙުކުމަށް ހައިކޯޓާއި ސުޕްރީމް ކޯޓުން ތާއީދުކުރި ނަމަވެސް، ކުއްޖާ ދިރިއުޅެމުން ދިޔައީ ބައްޕަގެ ފަރާތު މާމަގެ ގާތުގައެވެ. ޙުކުމް ތަންފީޒުކޮށްދިނުމަށް އެދި މަންމަ ފެމިލީ ކޯޓަށް މައްސަލަ ހުށަހެޅިއެވެ.
ކޯޓުން ނިންމަން ޖެހުނު ސުވާލު
ޙަޟާނަތުގެ ޙުކުމެއް ތަންފީޒުކުރުމަށް ހުށަހަޅާ މައްސަލައެއްގައި، ޙަޟާނަތުގެ ޢުމުރު ހަމަވެފައިވާ ކުއްޖާއަށް ޢާއިލާއާބެހޭ ޤާނޫނުގެ 44 ވަނަ މާއްދާގެ (ށ) ގެ ދަށުން މައިންބަފައިންކުރެ މީހަކު އިޚްތިޔާރުކުރުމުގެ ފުރުޞަތު ނުދިނުމަކީ ޤާނޫނާ ޚިލާފު ކަމެއްތޯ.
ޚަޞްމުންގެ ހުށަހެޅުންތައް
މާމަ ބުނީ ޙަޟާނަތުގެ ޢުމުރު ހަމަވެފައިވާ ކުއްޖާއަށް 44(ށ) ގެ ދަށުން މައިންބަފައިންކުރެ މީހަކު އިޚްތިޔާރުކުރުމުގެ ފުރުޞަތު ނުދިނުމަކީ ޤާނޫނާ ޚިލާފު ކަމަށެވެ. މަންމަ ބުނީ އެ ނުކުތާއަށް ފެމިލީ ކޯޓުން ޙައްލު ލިބެން އޮތް ކަމަށާއި ޙުކުމް ބާޠިލުކުރާނެ ހަމައެއް ނެތް ކަމަށެވެ.
ކޯޓުގެ ސަބަބުތައް
ޙުކުމް ތަންފީޒުކުރުމުގެ މައްސަލައެއްގައި މައުޟޫޢު އަލުން ހުޅުވޭކަށް ނެތެވެ. 44(ށ) ގެ އިޚްތިޔާރު ލިބިދެވޭނީ އެކަމަށް ހުށަހަޅާ މައްސަލައެއްގައެވެ؛ ކުއްޖާގެ ބައްޕަ އެފަދަ މައްސަލައެއް ފެމިލީ ކޯޓުގައި ހުށަހަޅާފައިވާތީ އެ ފުރުޞަތު އެ މައްސަލައިގައި ލިބިގެންދާނެއެވެ.

ނިންމުން

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި

އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 ޙުކުމް ތަންފީޒުކުރުމަށް އެދި ހުށަހަޅާ މައްސަލައެއް ބެލުމުގައި ޢަމަލުކުރަންޖެހޭނީ، މައްސަލައިގެ މައުޟޫޢު އަލުން ހުޅުވައިނުލައި، ތަންފީޒުކުރުމަށް ހުށަހަޅާފައިވާ ޙުކުމް ތަންފީޒުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމެވެ؛ އޭގެ އިތުރު ފިޔަވަޅު އަޅައިގެން ނުވާނެއެވެ. ޙުކުމެއް ކުރުމާއެކު އެ ޙުކުމް ރައްދުވާ ފަރާތުން އެ ޙުކުމުގައިވާ ގޮތަށް ޢަމަލުކުރުން ލާޒިމްވެއެވެ (ސުޕްރީމް ކޯޓުގެ [2021] SC 48 އަށް ތަބާވެ).

HN2 ޙަޟާނަތުގެ ޢުމުރު ހަމަވުމުން ޢާއިލާއާބެހޭ ޤާނޫނުގެ 44 ވަނަ މާއްދާގެ (ށ) ގެ ދަށުން މައިންބަފައިންކުރެ ދިރިއުޅެން ބޭނުންވާ މީހަކު އިޚްތިޔާރުކުރުމުގެ ފުރުޞަތު ލިބިދެނީ ކުއްޖާއަށެވެ؛ އެ ފުރުޞަތު ލިބިދެވޭނީ އެކަމަށް ނުވަތަ އެ ޢުމުރު ހަމަވެފައިވާ ކުއްޖެއްގެ ޙަޟާނަތު ހޯދުމަށް އެދި ހުށަހަޅާ މައްސަލައެއް ބެލުމުގެ ތެރޭގައެވެ. އެއީ ޙަޟާނަތުގެ ޙުކުމެއް ތަންފީޒުކުރުމަށް ހުށަހަޅާ މައްސަލައެއްގެ ތެރެއިން ބެލެވޭނެ ކަމެއް ނޫނެވެ؛ އެހެންކަމުން ތަންފީޒުކުރުމުގެ މައްސަލައެއްގައި އެ ފުރުޞަތު ނުދިނުމަކީ 44 ވަނަ މާއްދާގެ (ށ) އާ ޚިލާފު ކަމެއް ނޫނެވެ.

HN3 ޙުކުމް ތަންފީޒުކުރުމުގެ މައްސަލައެއްގެ ތެރެއިން ކުއްޖާއަށް މައިންބަފައިންކުރެ މީހަކު އިޚްތިޔާރުކުރުމުގެ ފުރުޞަތު ދިނުމަކީ، ތަންފީޒުކުރަން ހުށަހެޅި ޙުކުމް ތަންފީޒުނުކުރެވި ޙަޟާނަތުގެ މައުޟޫޢު އަލުން ބެލުމަށް މަގުފަހިކޮށްދީ، ކުރިން ކޯޓުން ނިންމި ނިންމުން އެއްފަރާތްކުރެވި، ޢަދުލުއިންޞާފު ޤާއިމްކުރުމަށް ހުރަސްއެޅޭނެ ކަމެކެވެ.

HN4 ޙަޟާނަތުގެ ޙައްޤަކީ ކުއްޖާއަށް ލިބިގެންވާ، ކުއްޖާގެ ޢުމުރާއި ޙާލަތަށް ބަލައި ބަދަލުވަމުންދާ ޙައްޤެކެވެ؛ ޙަޟާނަތުގެ މައްސަލަތަކުގައި ޝަރީޢަތުން އިސްކަންދޭންޖެހޭނީ ކުއްޖާގެ މަޞްލަޙަތު އެންމެ ބޮޑު ގޮތަކަށް މައްސަލަ ނިންމުމަށެވެ. ޙަޟާނަތު ވަކި ފަރާތަކާ ޙަވާލުކުރުމަކީ ދާއިމީ ޙަވާލުކުރުމެއް ނޫނެވެ؛ ކުއްޖާގެ ޙާލަތު ނުވަތަ މަޞްލަޙަތު ބަދަލުވެއްޖެނަމަ، ކުއްޖާގެ މަޞްލަޙަތު އޮތް ކޮންމެ ފަރާތަކަށްމެ ޙަޟާނަތު ހޯދުމަށް އާ ދަޢުވާއެއް ހުށަހެޅުމުގެ ޙައްޤު ލިބިގެންވެއެވެ.

ވަކީލުންނާއި ފަނޑިޔާރުން

ވަކީލުން
—
ބެންޗު
ޢަބްދުއްރައޫފު އިބްރާހީމް، ހާތިފް ޙިލްމީ، ފާޠިމަތު ފަރުހީޒާ
ރިޔާސަތު
—
ރައުޔު ލިޔުނު ފަނޑިޔާރު
ޢަބްދުއްރައޫފު އިބްރާހީމް · ތާއީދުކުރެއްވީ: ހާތިފް ޙިލްމީ، ފާޠިމަތު ފަރުހީޒާ
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

ފަނޑިޔާރު ޢަބްދުއްރައ ފ އިބްރާހީމްގެ ރައުޔު، މިރައުޔަށް އިސފަނޑިޔާރް ހާތިފް ޙިލްމއާއި ފަނޑިޔާރީ ފާޠިމަތު

ފަރްހީޒާ ތާއީދް ކުރެއެވެ.

ތަޢާރުފު

1މިއީ ފެމިލީ ކޯޓގު ނަންބަރު 743/Fm-C/2020 ޤަޟިއްޔާ ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފުކަމަށް ބުނެ އެޤަޟިއްޔާ އިސްތިއުނާފުކުރުމަށް، […] […] ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ.

2މި ޤަޟިއްޔާގައި އިސްތިއުނާފުރައްދުވާ ފަރާތަކީ، ވ.ފުލިދޫ/ ބުލާޝަންމާގެ، މަރްޔަމް ފަރުހާދާ ވަޙީދއު ވެ.

ފެމިލީ ކޯޓުން ބެލި މައްސަލަ

3[…] ށްކަފަގެ، ޢަލީ ޝިމްޢާން ނަޞީރާއި ވ.ފުލިދޫ/ ބުލާޝަންމާގެ، މަރްޔަމް ފަރުހާދާ ވަޙީދާ ދެމީހުން ކައިވެނިކޮށް ލިބިފައިވާ (ކުޑަކުއްޖާ) (އުފަންތާރީޚް: 05 މާރިޗް 2009) ގެ ޙަޟާނަތު ޙައްޤު ކުއްޖާގެ މަންމަ މަރްޔަމް ފަރުހާދާ ވަޙީދުއަށް ލިބިގެންވާ ކަމަށް ފެމިލީ ކޯޓުގެ ނަންބަރު 1240/Fm-C/2013 ޤަޟިއްޔާއިން ކަނޑައަޅާފައިވާއިރު، އަދި އެޤަޟިއޔާގް ޙުކުމަށް ދިވެހރާއްޖޭގި ހައިކޯޓުގެ ނަންބަރު 2013/HC-A/368 ޤަޟިއްޔާއިން ތާޢީދުކޮށފައިވާއިރު، އަދި ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2014/SC-A/32 ޤަޟިއްޔާއިން ތާޢީދުކޮށަފައިވާއިރު، ޙުކުމާ އެއްގޮތަށް މިކުއްޖާގެ ބައްޕަ ފަރާތު މާމަ […] ފާޠިމަތު މަނިކެ ޢަމަލުކުރަމުންނުދާތީ، ފެމިލީ ކޯޓުގެ ނަންބަރު 1240/Fm-C/2013 ޤަޟިއްޔާގެ ޙުކުމް ކުޑަކުއްޖާގެ ނަން، މި މައްސަލައިގެ ޝަރީޢަތް ނިމުނުގޮތުގައި ލިޔެފައިވީނަމަވެސް، މި ޤަޟިއްޔާ ވެބްސައިޓްގައި ޝާއިއު ކުރުމަށްޓަކައި ކުއްޖާގެ ނަން މިވަނީ އުނި ކުރެވިފައެވެ. ތަންފީޛުކޮށްދިނުމަށް އެދި ފާޠިމަތުމަނިކެގެ މައްޗަށް މަރްޔަމް ފަރުހާދާ ވަޙީދު ފެމިލީ ކޯޓށަ މައްސަލަ ހުށަހެޅިއެވެ. އެމައްސަލަ ބަލާފައިވަނީ ފެމިލީ ކޯޓުގެ ނަންބަރު 743/Fm-C/2020 ޤަޟިއްޔާގައެވެ. ފެމިލީ ކޯޓުން ނިންމިގޮތް:

4ފެމިލީ ކޯޓުން އެމައްސަލަ ބަލައި ނިންމާފައިވަނީ، ވ.ފުލިދޫ ބުލާޝަންމާގެ މަރްޔަމް ފަރުހާދާ ވަޙީދު، ފެމިލީ ކޯޓުގެ ނަންބަރު 1240/Fm-C/2013 ޤަޟިއްޔާއިން ކޮށްފައިވާ ޙުކުމް ތަންފީޛުކުރުމަށް އެދި ހުށަހެޅި މައްސަލަ ޝަރީޢަތުން ބެލިބެލުމުން، ފެމިލީ ކޯޓުގެ ބުނެވިދިޔަ ޤަޟިއްޔާގެ ޙުކުމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/368 ޤަޟިއްޔާއިން ތާއީދުކޮށް މައްސަލަ ނިންމާފައިވާ ކަމާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ބުނެވިދިޔަ ޤަޟިއްޔާގެ ޙުކުމަށް ބަދަލު ގެންނަންޖެހޭ ތަނެއް ނެތްކަމަށް ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ނަންބަރު 2014/SC-A/32 ޤަޟިއްޔާއިން ކަނޑައަޅައި މައްސަލަ ނިންމާފައިވާކަން އެދެކޯޓުގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓާއި ޙުކުމަށް ބެލު މުން އެނގެން އޮންނާތީ، […] ޢަލީ ޝިމްޢާން ނަޞީރއި ވ.ފުލިދޫ/ ބުލާޝާ ންމާގެ މަރްޔަމް ފަރުހާދާ ވަޙީދުއާ ދެމީހުން ކައިވެނިކޮށް ލިބިފައިވާ (ކުއްޖާ)ގެ ޙަޟާނަތުގެ ޙައްޤުވެރިއަކީ މިކުއްޖާގެ މަންމަ ވ.ފުލިދޫ ބުލާޝަންމާގެ މަރްޔަމް ފަރުހާދާ ވަޙީދު ކަމުގައި ފެމިލީ ކޯޓުގެ ނަންބަރު 1240/Fm-C/2013 ޤަޟިއްޔާއިން ކަނޑައަޅާފައިވާ ޙުކުމުގައިވާ ގޮތުގެމަތިން، މިއަދު (05 އޮކްޓޫބަރު 2020) 0:051އިން ފެށިގެން 02 (ދޭއް) ދުވަހުގެ ތެރޭގައި (ކުއްޖާ) މި ކުއްޖާގެ ޙަޟާނަތު ޙަވާލުކުރެވިފައިވާ ފަރާތް ކަމުގައިވާ ކުއްޖާގެ އުފަން މަންމަ "މަރްޔަމް ފަރުހާދާ ވަޙީދު" އާ ޙަވާލުކުރުމަށް […] ފާޠިމަތުމަނިކެއަށް އަންގައި، މި ޙުކުމް ތަންފީޒުކުރުމަށް އެއްވެސް ފަރާތަކުން އިންކާރުކުރާނަމަ، އެޙުކުމް ތަންފީޒުކުރުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ މައްޗަށް އަންގާ އަމުރުކޮށް، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން އެއްވެސް އެހީތެރިކަމަކަށް ދައުލަތުގެ ކަމާބެހޭ އިދާރާއަކުން އެދިއްޖެނަމަ، އެފަދަ އެހީތެރިކަމެއް ދިނުމަށް ދައުލަތުގެ ކަމާބެހޭ އެންމެހައި އިދާރާތަކުގެ މައްޗަށް އަންގާ އަމުރުކޮށެވެ.

އިސްތިއުނާފުކުރުމަށް ހުށަހެޅި ނުކުތާތަކާއި އެދޭގޮތް

5ފެމިލީ ކޯޓު ގެ ނަންބަރު 743/Fm-C/2020 ޤަޟިއްޔާ ނިންމާފައިވަނީ، ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާއި ޚިލާފަށްކަމަށް ބުނެ، އެޤަޟިއްޔާ އިސްތިއުނާފުކުރުމަށް ފާޠިމަތުމަނިކގެ ފަރާތުނެ އަންނަނިވ ނުކުތާ ހުށަހަޅައި އެނުކުތާއާގުޅޭ ގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. • ޤާނޫނު ނަންބަރު 2000/4 (އާއިލާއާބެހޭ ޤާނޫނު) ގެ 44 ވަނަ މާއްދާގެ (ހ) އަދި (ށ) އާ ޚިލާފަށް، އެ މާއްދާގެ ބުނެވިދިޔ އަކުރުތަކުގެ މަޤްސަދު ގެއްލޭ ގޮތަށް ފެމިލީ ކޯޓުގެ ނަންބަރު 743/Fm-C/2020 ޤަޟިއްޔާއިން ފެމިލީ ކޯޓުގެ ނަންބަރު 1240/Fm-C/2013 ޤަޟިއްޔާގެ ޙުކުމް ތަންފީޒުކޮށްފއިވުމެވެ.

6މި ނުކުތާ ހުށަހެޅުމަށްފަހު، ޢާއިލާއާބެހޭ ޤާނޫނުގެ 44 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން (ކުއްޖާ)އަކީ އޭނާގެ މައިންބަފައިންގެ ތެރެއިން އޭނާ ދިރިއުޅެން ޤަޞްދުކުރާ މީހަކު އިޚްތިޔާރު ކުރުމުގެ ފުރުޞަތު ލިބިދޭންޖެހޭ ޢުމުރުގެ ކުއްޖެއް ކަމުގައިވާއިރު، އެފުރުޞަތު އޭނާއަށް ލިބިނުދީ، ފެމިލީ ކޯޓުގެ ނަންބަރު 743/Fm-C/2020 ޤަޟިއްޔާގައި ޙުކުމްކޮށްފައިވަނީ ރަނގަޅަށް ކަމުގައިނުވާތީ، އެޤަޟިއްޔާގެ ޙުކުމް ބާޠލި ކޮށްދިނުމަށް ފާޠިމަތުމަނިކެގެ ފަރާތުން އެދިފައިވެއެވެ.

އިސްތިއުނާފުރައްދުވާ ފަރާތުގެ ބަހާއި އެދުނގޮތު

7މި މައްސަލައިގައި އިސްތިއުނާފު ކުރުމަށް ހުށަހެޅި ނުކުތާއަށް ފެމިލީ ކޯޓުން ޙައްލު ލިބެން އޮތް ކަމަށް ދެކޭ ކަމަށާއި، ފެމެލީ ކޯޓުގެ ނަންބަރު 743/Fm-C/2020 ޤަޟިއްޔާގެ ޙުކުމް ބާޠިލްކުރާނެ ހަމައެއް ނެތްކަމަށް ކަނޑައަޅއިދިނުމަށް، އިސްތިއުނާފު ރައްދަ ވާ، މަރްޔަމް ފަރުހާދާ ވަޙީދުގެ ފަރާތުން އެދިފައިވެއެވެ.

ފެމިލީ ކޯޓުގެ 1240/Fm-C/2013 ޤަޟިއްޔާ

8އިސްތިއުނާފުކުރެވިފައިމިވާ ޤަޟިއްޔާ ބިނާވެފައިވަނީ ފެމިލީ ކޯޓުން ކުރިން ބަލައި ނިންމާފައިވާ ފެމިލީ ކޯޓުގެ ނަންބަރު 1240/Fm-C/2013 ޤަޟިއްޔާގެ ނިންމުމުގެ މައްޗަށެވެ. އެޤަޟިއްޔާއަކީ، ކ.މާލެ، ޢަލީ ޝިމްޢާން ނަޞީރު އާއި ވ.ފުލިދޫ/ ބުލާޝަންމާގެ މަރްޔަމް ފަރުހާދާ ވަޙީދު އާ ދެމީހުން ކައިވެނިކޮށްގެން 05 މާރިޗް 2009 ގައި ލިބިފައިވާ ފިރިހެންދަރި (ކުއްޖާ)ގެ ޙަޟާނަތު ލިބިގަތުމަށް އެދި އެކުއްޖާގެ ޙަޟާނަތު ހަވާލުކުރެވިފައިވާ މި ކުއްޖާގެ ބައްޕަ ފަރާތު މާމަ ކ.މާލެ ގެ މައްޗަށް މަރްޔަމް ފަރުހާދާ ވަޙީދު ހުށަހެޅުމުން ބަލާފައިވާ ޤަޟިއްޔއެއާ ކަމާއި، ޤަޟިއްޔާ ނިންމާފައިވަނީ ... ޤާނޫނު ނަންބަރު 2000/4 (ޢާއިލާއާބެހޭ ޤާނޫނު) ގެ 40 ވަނަ މާއްދާގެ (ހ) އާއި، ޢާއިލާއާބެހޭ ޤަވާޢިދުގެ 71 ވަނަ މާއްދާގެ (ހ) އަށް ހަވާލާދީ، ޢަލީ ޝިމްޢާން ނަޞީރާއި މަރްޔަމް ފަރުހާދާ ވަޙީދުއާ ދެމީހުން ކައިވެނިކޮށް ލިބިފައިވާ ފިރިހެންދަރި (ކުއްޖާ)ގެ ޙަޟާނަތުގެ ޙައްޤުވެރިޔަކީ މި ކުއްޖާގެ މަންމަ ވ.ފުލިދޫ/ ބުލާޝަ ންމާގެ މަރްޔަމް ފަރުހާދާ ވަޙީދު ކަމުގައި ޝަރީޢަތުން ކަނޑައަޅައި، މިއަދު (02 ޑިސެމްބަރު 2013މ./ 28 މުޙައްރަމް 1435ހ.) މި ވަގުތު 10:20 އިން ފެށިގެން 2 ފެމިލީ ކޯޓުގެ ނަންބަރު 961/Fm-C/2011 ޤަޟިއްޔާ (ދޭއް) ދުވަހުގެ ތެރޭގައި، (ކުއްޖާ) މި ކުއްޖާގެ ޙަޟާނަތު ޙަވާލުކުރެވިފައިވާ ފަރާތް ވ.ފުލިދޫ/ ބުލާޝަންމގާ މަރްޔަމް ފަރުހާދާ ވަޙީދުއަ ޙަވާލުކުރުމަށް […] ފާޠިމަތުމަނިކެއަށް އަންގައެވެ.

9ފެމިލީ ކޯޓުގެ ނަންބަރު 1240/Fm-C/2013 ޤަޟިއްޔާ އެ ކޯޓުން ނިންމާފައިވަނީ، ޝަރުޢީ އަދި ޤާނޫނީ އޞލުތަކާއި ޚިލާފަށްކަމަށު ދެކިގެން ފާޠިމަތު މަނިކެގެ ފަރާތުން އެމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުނ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/368 (ފާޠިމަތު މަނިކެ ވ. މަރްޔަމް ފަރުޙާދާ ވަޙީދު) ޤަޟިއްޔާއިން އެ މައްސަލަ ބަލައި ނިންމާފައިވަނީ ފެމިލީ ކޯޓުގެ ނަންބަރު 1240/Fm-C/2013 ޤަޟިއްޔާގެ ޙުކުމަށް ބަދަލު ގެންނަންޖެހޭ ހަމައެއް ނެތްކަމަށެވެ. އަދި ދިވެހިރާއްޖޭގެ ހައިކޯޓުން އެ މައްސަލަ ނިންމާފައިވަނީ ޤާނޫނާ އެއްގޮތަށް ނ ންކަމުގައި ބުނެ ފާޠިމަތު މަނިކެގެ ފަރާތުން އެޤަޟިއްޔާ ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގައި އިސްތިއުނާފުކުރުމުން ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ނަންބަރ 2014/SC-A/32 (ފާޠިމަތު މަނިކެ ވ. މަރްޔަމް ފަރުޙާދާ ވަޙީދު) ޤަޟިއްޔާގައި އެމައްސަލަ ބަލައި ނިންމާފައިވަނީ ފާޠިމަތު މަނިކެގެ ފަރާތުން ހުށަހެޅި ނުކުތާތަކުގެ މައްޗަށް ބިނާކޮށް، ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭ ތަނެއް ނެތްކަމަށެވެ.

10އިސްތިއުނާފުކުރެވިފައި މިވާ ފެމިލީ ކޯޓުގެ ޤަޟިއްޔާއަކީ، (ކުއްޖާ)ގެ ޙަޟާނަތާ ގުޅޭ މައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން 08 ޖޫން 2020 ގައި ނިންމުމާ ގުޅިގެން ކުއްޖާގެ ޙަޟާނަތު ޝަރީޢަތުން ޙަވާލުކޮށްފައިވާ އެކުއްޖާގެ މަންމަ ވ.ފުލިދޫ/ ބުލާޝަންމާގެ މަރްޔަމް ފަރުހާދާ ވަޙީދުގެ ފަރާތުން، ފެމިލީ ކޯޓުގެ ނަންބަރު 1240/Fm-C/2013 ޤަޟިއްޔާގެ ޙުކުމް ތަންފީޒުކޮށް ދިނުމަށް އެދި ހުށަހެޅުމުން ބެލި ޤަޟިއްޔާއެވެ. (ކުއްޖާ)ގެ ޙަޟާނަތުގެ ޙައްޤު ލިބިގެންވަނީ މަރްޔަމް ފަރުހާދާ ވަޙީދަށކަމަށް 02 ޑިސެންބަރު 2013 ގައި ފެމިލީ ކޯޓުން ޙުކުމް ކުރިއިރު، (ކުއްޖާ)ގެ ޢުމުރަކީ 04 (ހަތަރެއް) އަހަރާއި 08 (އަށެއް) މހާއަ 28 (އަށާވީސް) ދުވަހެވެ. އަދި އެ މައްސަލަ ސުޕްރީމް ކޯޓުން ނިންމިއިރު، އޭނާގެ ޢުމުރަކީ 11 (އެގާރަ) އަހަރާއި 03 (ތިނެއް) މހާއަ 3 (ތިނެއް) ދުވަހެ ވެ.

11(ކުއްޖާ)ގެ ޙަޟާނަތު އެކުއްޖާގެ މަންމައާ ޙަވާލުކުރުމަށް ފެމިލީ ކޯޓުން ޙުކުމް ކޮށްފައިވީނަމަވެސް އެޙުކުމުގައިވާ ގޮތަށް އެކުއްޖާގެ މަންމައާ އެކުއްޖާ ޙަވާލުކޮށްފައިނުވާ ކަމާއި، މި މައްސަލަ ދިވެހިރާއްޖޭގެ ކޯޓުތަކުގެ އެކިއެކި މަރުހަލާގައި ހިނގިއިރު، ކުއްޖާ ދިރިއުޅެމުން ގެންދިޔައީ އެކުއްޖާގެ ބައްޕަ ފަރާތުގެ މާމަ (ފާޠިމަތު މަނިކު) ގެ ކައިރީގައިކަން މި މައްސަލައިގައި ދެފަރާތުން ދައްކާފައިވާ ވާހަކަތަކުން އެނގެއެވެ.

ކުއްޖާގެ ޙަޟާނަތުގެ މުއްދަތު

12ޤާނޫނު ނަންބަރު 2000/4 (އާއިލާއާ ބެހޭ ޤާނޫނު) ގެ 44 ވަނަ މާއްދާ،

(ހ) ޙަޟނަތާ ޙވާލުކުރެވަ މީހާއަށް ކުއްޖާގެ ޙަޟނަތާ އޮންނާނީ، އެކުއްޖެއްގެ އުމުރުން ހިޖުރީ ގޮތުން ހަތް އަހަރު ފުރެންދެނެވެ. ނަމަވެސް ޙަޟނަތާ ހަވާލުކުރެވޭ މީހާ ކޯޓުގައި އެދިއްޖެނަމަ އަންހެން ކުއްޖާގެ އުމުރުން ހިޖުރީ ގޮތުން އެގާރަ އަހަރު ފުރެންދެން، އަދި ފިރިހެން ކުއްޖާގެ އުމުރުން ހިޖުރީ ގޮތުން ނުވަ އަހަރު ފުރެންދެން ކުއްޖާގެ ޙޟަ ނަތާ އޭނާއާ ހަވާލުކުރުމުގެ އިޚތިޔާރް ކޯޓަށް ލިބިގެންވެއެވެ.

(ށ) ޙަޟާނަތުގެ މުއްދަތު ނިމުމުން، ނުވަތަ ޙަޟާނަތުގެ އުމުރު ހަމަވުމުން ކޯޓުން އެހެން ގޮތަކަށް އަމުރު ނުކުރާނަމަ، އެކުއްޖެއްގެ މައިންބަފައިން ކުރެ އެކުއްޖަކު އިޚްތިޔާރުކުރާ މީހަކާއެކު، ދިރިއުޅުމުގެ ޙައްޤު އެކުއްޖަކަށް ލިބިގެންވެއެވެ . އިސްތިއުނާފުކުރެވިފައިމިވާ ފެމިލީ ކޯޓުގެ ޤަޟިއްޔާގައި މިމާއްދާގެ ދަށުން (ކުއްޖާ)އަށް އޭނާގެ މައިންބަފައިންކުރެ މީހަކު އިޚްތިޔާރުކުރުމުގެ ފުރުޞަތު ލިބިދީފައިނުވާ ސަބަބެއްކަމުގައި ބަޔާންކޮށްފައިވަނީ، "ހުށަހެޅިފައިވަނީ (ކުއްޖާ)ގެ އުމުރު ކަނޑައެޅުމުގެ ނުވަތަ ޙަޟާނަތުގެ ޢުމުރު ކަނޑައެޅުމުގެ މައްސަލައަކަށްނުވާކަމާއި، ހުށަހެޅިފައިވަނީ ފެމިލީ ކޯޓުގެ ނަންބަރު 1240/Fm-C/2013 ޤަޟިއްޔާގެ ޙުކުމް ތަންފީޒުކުރުމުގެ މައްސަލަކަން ހުށަހެޅިފައިވާ މައްސަލައިގެ ލިޔުންތަކަށާއި ދެފަރާތުން ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށް ބެލުމުން އެނގޭކަމެވެ." މިފަދައިންނެވެ. މިނިންމުމުގެ މައްޗަށް ބަލާއިރު، ޢާއިލާއާބެހޭ ޤާނޫނުގެ 44 ވަނަ މާއްދާގެ (ށ) ގެ ދަށުން ޙަޟާނަތުގެ ޙައްޤުގެ ދަށުން ކުއްޖާއަށް މައިންބަފައިން ކުރެ މީހަކު އިޚްތިޔާރުކުރުމުގެ ފުރުޞަތު ލިބިދީފައިނުވަނީ އެ މައްސަލައަކީ ޙުކުމް ތަންފީޒުކުރުމުގެ ގޮތުން ހުށަހަޅާފައިވާ މައްސަލައެއް ކަމުގައިވާތީކަން އެނގެއެވެ.

13HN2ޢާއިލާއާބެހޭ ޤާނޫނުގެ 44 ވަނަމާއްދާގެ (ހ) ގެ ދަށުން ޙަޟާނަތުގެ ޢުމުރަކީ 07 (ހަތެއް) އަހަރުކަމުގައި ކަނޑައެޅުމަށްފަހު، އެޢމުރު މަތު ކުރުމުގެ އިޚްތިޔާރު ކޯޓަށް ލިބިދީފައިވާއިރު، މި މައްސަލައިގައި (ކުއްޖާ)ގެ ޙަޟާނަތުގެ ޙައްޤު އޭނާގެ މަންމައަށް ލިބިގެންވާކަމަށް އޭނާގެ ޢުމުރުން 04 (ހަތަރެއް) އަހަރުގައި ފެމިލީ ކޯޓުން ކަނޑައަޅާފައި ވީނަމަވެސް އެޙުކުމާ އެއްގޮތަށް އޭނާގެ މަންމައާ އޭނާ ޙަވާލުކޮށްފައިނުވެއެވެ. ޙަޟާނަތގު ޢުމުރު އިތުރު ކުރުމަށް މަރްޔަމް ފަރުޙާދާ ވަޙީދުގެ ފަރާތުން ފެމިލީ ކޯޓަށް ހުށހަޅާފައެއްވެސަ ނުވެއެވެ. ޙަޟާނަތުގެ ޙައްޤު ކުއްޖާގެ މަންމައަށް ލިބިގެންވާ ކަމަށް ކަނޑައަޅައި އެކުއްޖާ އޭނާގެ މަންމައާ ޙަވާލުކުރުމަށް ޙުކުމްކޮށްފައި ވީނަމަވެސް އެޙުކުމާ އެއްގޮތށަ ކުއްޖާ ޙަވާލުނުކޮށް އޮތުމުން ބުނެވިދިޔަ މާއްދާގެ ދަށުން ކުއްޖާގެ ޙަޟާނަތުގެ ޢުމުރު މަތި ކުރުމަށް ކޯޓުގައި އެދުމުގެ ބޭނުމެއް އޮތް ކަމަށް ނުދެކުމަކީ ވެދާނެކަމެކެވެ. ޙަޟާނަތުގެ ޢުމުރު ހަމަވުމުން ޢާއިލާއާބެހޭ ޤާނޫނުގެ 44 ވަނަ މާއްދާގެ (ށ) ގެ ދަށުން މައިންބަފައިން ކުރެ، އެކުއްޖާ ދިރިއުޅެން ޤަޞްދުކުރާ މީހަކު އިޚްތިޔާރުކުރުމުގެ ފުރުޞަތު ލިބިދީފައިވަނީ ކުއްޖާއަށްކަމާއި، ކުއްޖާއަށް އެފުރުޞަތު ލިބިދެވޭނީ ކުއްޖާގެ ޙަޟާނަތުގެ އަމުރު ހަމަވުމުން އެގޮތަށް ކަނޑައަޅައިދިނުމަށް ނުވަތަ އެފުރުޞަތު ދިނުމަށް އެދި ކޯޓަށް ހުށަހެޅުމުން ކަމާއި، މަރްޔަމް ފަރުޙާދާ ވަޙީދުގެ ފަރާތުން ފެމިލީ ކޯޓަށް ހުށަހެޅި މައްސަލައަކީ (ކުއްޖާ) އޭނާއާ ޙަވާލުކުރުމަށް ފެމިލީ ކޯޓުން ކޮށްފައިވާ ޙުކުމް ތަންފީޒުކުރުމަށް ހުށަހެޅި، ޙުކުމް ތަންފީޒުކުރުމުގެ މައްސަލަ ކަމާއި، އެމައްސަލައިގެ ތެރޭގައި ކުއްޖާގެ މައިންބަފައިންކުރެ މީހަކު އިޚްތިޔާރުކުރުމުގެ ފުރުޞަތު އކުއްޖާއަށެ ލިބިނުދިނުމަކީ ޢާއިލާއާބެހޭ ޤާނޫނުގެ 44 ވަނަ މާއްދާގެ (ށ) ޚިލާފުކަމެއް ކަމުގައި ނުދެކެމެވެ.

14HN1ޙުކުމް ތަންފީޒުކުރުމަށް އެދި ހުށަހަޅާ މައްސަލަ ޝަރީޢަތުން ބެލުމުގައި ޢަމަލު ކުރަންޖެހޭނީ އެ މައްސަލައިގެ މައުޟ ޢު އަލުން ހުޅުވައަ ނުލައި، ތަންފީޒުކުރުމަށް ހުށަހަޅާފައިވާ ނިންމުން (ޙުކުމް) ތަންފީޒުކުރުމަށް އަޅަންޖެހޭ ފިޔަވަޅު އެޅުންކަމާއި، އެގޮތުން އެނިންމުން ތަންފީޒުކުރަން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން ފިޔަވައި އިތުރު ފިޔަވަޅު އަޅައިގެން ނުވާނެއެވެ. މިނުކުތާއަށް އަލިއަޅުވާލައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމާފައިވާ ދައުލަތް (މިނިސްޓްރީ އޮފް ހައިސިންގ އެންޑް އިންފްރާސްޓްރަކްޗަރ) ވ. މަޢުރ ފ އަބޫބަކުރު ޤަޟިއްޔާ ގައި ބަޔާންކޮށްފައިވަނީ،ޙުކުމް ތަންފީޒުކުރުމުގެ މައްސަލަތަކުގައި ޝަރީޢަތުގެ ކުރިމައްޗަށް ހުށަހެޅޭނީ ތަންފީޒުކުރުމަށް އެދޭ މައްސަލައިގެ ޙުކުމް ތަންފީޒުކުރުމާ ގުޅޭގޮތުން އެކަނި ކަމަށާއި، ތަންފީޒުކުރމަށު އެދޭ މައްސަލައިގެ މައުޟޫޢު އަލުން ހުޅުވައި ބެލުމެއް ނޯންނަކަމާއި، ޙުކުމެއް ކޯޓަކުން ކުރުމާއެކު އެޙުކުމެއް ރައްދުވާފަރާތަކުން އެޙުކުމުގައިވާ ގޮތަށް ޢަމަލުކުރުން ލާޒިމްވާނެ ކަމަށެވެ. ފެމިލީ ކޯޓުގެ ނަންބަރު 743/Fm-C/2020 ޤަޟިއްޔާއަކީ އެކޯޓުގެ ނަންބަރު 1240/Fm-C/2013 ޤަޟިއްޔާއިން ކޮށްފައިވާ ޙުކުމް ތަންފީޒުކުރުމަށް ހުށަހެޅުމުން ބެލެވުނު ޤަޟިއްޔާއަކަށް ވެފައި އެ ޤަޟިއްޔާގެ ޙުކުމް ތަންފީޒުކުރުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތަކަށް ވުރެ، ފުޅާކޮށް އެމައްސަލައިގެ މައުޟޫޢު އަލުން ހުޅުވާލައިގެން ބެލުމަކީ ޙުކުމް ތަންފީޒުކުރުމުގެ މައްސަލަތައް ބެލުމުގައި ޢަމަލުކުރަންޖެހޭ އުޞ ލ ނޫންކަން އިސްވެ ބުނެވުނު ސުޕްރީމް ކޯޓުގެ ޤަޟިއްޔާއިން އެނގެއެވެ.

(2021)SC 48

15HN3ޙަޟާނަތުގެ ޙައްޤަކީ ކުއްޖާގެ ޢުމުރާއި، މައްސަލައިގެ ޙާލަތަށް ބަލައި ބަދަލުވަމުންދާ ޙައްޤެކެވެ. (ކުއްޖާ)ގެ ޙަޟާނަތުގެ ޢުމުރު ބަދަލުވުމުން ނުވަތަ ޙަޟާނަތުގެ ޙައްޤު ބަދަލުވާފަދަ ކަމެއް މެދުވެރިވެގެން ފެމިލީ ކޯޓުގެ ނަންބަރު 1240/Fm-C/2013 ޤަޟިއްޔާއިން (ކުއްޖާ)ގެ މަންމައާ އޭނާ ޙަވާލުކުރުމަށް އެޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަށް ބަދަލެއް އައިސްފައިވާކަން އެނގޭކަށް ނެތެވެ. އަދި އެޙުކުމަށް ދިވެހިރާއްޖޭގެ ހައިކޯޓާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ބަދަލު ގެނެސްފައިނުވާކަން އެނގެއެވެ. ޙަޟާނަތުގެ ޢުމުރު ހަމަވުމުން އެކުއްޖާ ދިރިއުޅެން ޤަޞްދުކުރާ، އެކުއްޖާގެ މައިންބަފައިން ކުރެ މީހަކު އިޚްތިޔާރުކުރުމުގެ ފުރުޞަތު ޢާއިލާއާބެހޭ ޤާނޫނުގެ 44 ވަނަ މާއްދާގެ (ށ) ގެ ދަށުން ލިބިދެނީ، އެކުއްޖާއަށް އެފުރުޞަތު ދިނުމަށް އެދި ނުވަތަ އެއުމުރު ހަމަވެފައިވާ ކުއްޖެއްގެ ޙަޟާނަތު ހޯދުމަށްއެދި ހުށަހަޅާ މައްސަލަ ބެލުމުގެ ތެރޭގައެވެ. އެމާއްދާގެ ދަށނު މައިންބަފައިންކުރެ މީހަކު އިޚްތިޔާރުކުރުމުގެ ފުރުޞަތަކީ ޙަޟާނަތުގެ ދަށުން ކުއްޖަކު ޙަވާލުކުރުމަށް ކޮށްފައިވާ ޙުކުމެއް ތަންފީޒުކުރުމަށް ހުށަހެޅޭ މައްސަލައެއްގެ ތެރެއިން ބެލެވޭނެ ކަމެއް ކަމަކަށް ނުފެނެއެވެ. އަދި ޙުކުމް ތަންފީޒުކުރުމުގެ މައްސަލައެއްގެ ތެރއިނެ އެފަދަ (ކުއްޖާއަށް މައިންބަފައިންކުރެ މީހަކު އިޚްތިޔާރުކުރުމުގ) ފުރުޞަތު ލިބިދިނުމަކީ ތަންފީޒުކުރުމަށް ހުށަހެޅޭ ޤަޟިއްޔާގެ ޙުކުމް ތަންފީޒު ނުކުރެވި، ޙަޟާނަތުގެ މައުޟޫޢު އަލުން ބެލުމަށް ފަހިކޮށްދެވޭ ފުރުޞަތެއް ކަމުގައިނނީ ނުބެލެވޭނެއެވެ. އަދި އެގޮތަށް މައިންބަފައިން ކުރެ ފަރާތެއް އިޚްތިޔާރު ކުރުމުގެ ފުރުޞަތު ލިބިދިނުމަކީ ކުރިން ކޯޓުން ނިންމާފައިވާ ނިންމުން އެއްފަރާތްކުރެވި، ޢަދުލުއިންޞާފު ޤާއިމްކުރުމަށް ހުރަސްއެޅި ޢަދުލްއިންޞާފާމެދު ސުވާލު އުފެދިގެންދާނެ ކަމެކެވެ.

16HN4ޙަޟާނަތުގެ ޙައްޤަކީ ކުޑަކުއްޖާއަށް ލިބިގެންވާ ޙައްޤެއްކަމާއި ޙަޟާނަތުގެ މައްސަލަތައް ނިންމުމުގައި ޝަރީޢަތުން އިސްކަންދޭން ޖެހޭނީ ކުއްޖާގެ މަސްލަޙަތު އެންމެ ބޮޑު ގޮތެއްގެ މައްޗަށް މައްސަލަ ނިންމުމަށް ކަމާއި، ކުއްޖެއްގެ ޙަޟާނަތު މައިންބަފައިން ކުރެ، ވަކި މީހަކާ ޙަވާލު ކުރުމަކީ ބަދަލު ނުކުރެވޭނެ ގޮތަށް ޙަވާލުކުރާ ކުރުމެއް ނޫންކަމާއި ކުއްޖާގެ ޢުމުރާއި ޙާލަތަށް ބަލައި ޙަޟާނަތގު ޙައްޤަކީ ބަދަލުވަމުނދް ޙައްޤެއް ކަމާއި، ޙަޟާނަތު ލިބުމުގެ ޝަރުތަކާ ނުވަތަ ޙަޟާނަތު ގެއްލޭފަދަ ސަބަބެއް މެދުވެރިވެފައި ނުވާ ޙާލު ކުއްޖާގެ ޙަޟާނަތު ވަކި ފަރާތަކާ ޙަވާލުކުރުމަކީ ދާއިމީ ކޮށް ހަވާލުކުރެވޭ ކުރު ވުމެއެ ނޫންކަމާއި އަދި ކުއްޖާގެ ހަޟާނަތު ވަކި ފަރާތަކާއި ހަވާލުކުރެވިފައި ވަނިކޮށް ކުއްޖާގެ ހާލަތު ނުވަތަ ކުއްޖާގެ މަސްލަހަތު ބަދަލުވެއްޖެނަމަ، ކުއްޖާގެ ޙަޟާނަތު ލިބިގަތުމުގެ ޙައްޤު ލިބިގެންވާ ކޮންމެ ފަރާތަކަށްމެ ދަޢުވާ ހުށަހެޅުމުގެ އިޚްތިޔާރު ލިބިގެންވާކަމާއި، ކުއްޖާގެ ޙަޟާނަތު ހަވާލުކުރެވުނު ހާލަތު ބަދަލުވެފައިވާނަމަ ހަޟާނަތު ލިބިގަތުމަށް އެދި އައު ދަޢުވާއެއް ހުށަހެޅުމުގެ ޙައްޤު ކުއްޖާގެ މަސްލަހަތު އޮތް ކޮންމެ ފަރާތަކަށް މ ލިބިގެންވާކަން އެނގެއެވެ. މ މައްސަލައިގައް (ކުއްޖާ)އަކީ ޙަޟާނަތުގެ ޢުމުރު ހަމަވެފައިވާ ކުއްޖެއްކަމާއި އޭނާގެ މައިންބަފައިން ކުރެ އޭނާ އިޚްތިޔާރުކުރާ މީހެއްގެ ގާތުގައި ދިރިއުޅުމުގެ ފުރުޞަތު އޭނާއަށް ލިބިދޭންޖެހނޭކަމަށް މިމައްސަލ އިސްތިއުނާފުކުރާ ފާޠިމަތު މަނިކެ ދެކޭކަން އެނގެއެވެ. އޭނާއަށް (ކުއްޖާއަށް) ބުނެވިދިޔަ އިޚްތިޔރުގާ ބޭނުންކުރުމުގެ ފުރުޞަތު ހޯދައިދިނުމަށް އެދި މައްސަލަ ހުށަހެޅުމުގެ ޙައްޤު ލިބިގެންވެއެވެ. މިގޮތުން (ކުއްޖާ)ގެ މައިންބަފައިންކުރެ އޭނާ ދިރިއުޅެން ޤަޞްދުކުރާ މީހަކީ އިޚްތިޔާރުކުރުމުގެ ފުރުޞަތު ޢާއިލާއާބެހޭ ޤާނޫނުގެ 44 ވަނަ މާއްދާގެ (ށ) ގެ ދަށުން ލިބިދިނުމަށް އެދި އޭނާގެ ބައްޕަ ފެމިލީ ކޯޓަށް ހުށަހެޅި މައްސަލަ، އެކޯޓުގެ ނަންބަރު 1012/Fm-C/2020 ޤަޟިއްޔާއިން ބަލަމުންދާ ކަމާއި، އެމައްސަލަ ބެލުމުގެ ތެރޭގައި ޢާއިލާއާބެހޭ ޤާނޫނުގެ 44 ވަނަމާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން (ކުއްޖާ)އަށް އޭނާގެ މައިންބަފައިނގް ތެރެއިން އޭނާ ދިރިއުޅެން ޤަޞްދުކުރާ މީހަކު އިޚްތިޔާރުކުރުމުގެ ފުރުޞަތު ލިބިގެންދާނެ ކަމާއި އެހެންކަމުން، ޙުކުމް ތަންފީޒުކުރުމަށް ހުށަހެޅުމުން ބެލުނު މައްސަލައިގެ ތެރެއިން ޢާއިލާއާބެހޭ ޤާނޫނުގެ 44 ވަނަ މާއްދާގެ

(ށ) ގައިވާ އިޖްރާއަތުގެ ދަށުން މައިންބަފައިން ކުރެ މީހަކު އިޚްތިޔާރުކުރުމުގެ ފުރުޞަތު (ކުއްޖާ)އަށް ލިބިނުދީ އެމައްސަލަ ނިންމުމަކީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފު ކަމަކަށް ނުފެނެއެވެ.

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

ޝަރީޢަތުގެ ވީޑިއޯ

މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.

ޝެއަރ ކުރައްވާ