އަތަމާ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް އަދި 3 ފަރާތެއް ވ. ސްޓޭޓް ބޭންކް އޮފް އިންޑިޔާ އަދި 3 ފަރާތެއް
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- ސިވިލް ކޯޓު 144-B5-CR-3/CA/2020/631
- ފަހުގެ ތާރީޚު
- ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް
ކޯ ޓާމްސް
ޚުލާޞާ
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ޙުކުމް ތަންފީޛު މަރުޙަލާގައި ރަހުނުކުރެވިފައިވާ ރިސޯޓުތައް ވެލުއޭޓްކުރުމުގެ އިންތިޒާމާބެހޭ ކޯޓު އަމުރު، އިސްތިއުނާފުކުރާ ފަރާތްތަކުގެ ބަސް ނާހާ ނެރުމަކީ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ) އަދި (ށ) އާ ޚިލާފު ކަމެއްތޯ؛ އަދި ރަހުނު ވިއްކާލުމުގެ ހުއްދަ ހައިކޯޓުގައި އިސްތިއުނާފުކޮށްފައި އޮއްވާ އެ އަމުރު ނެރުމަކީ ސުޕްރީމް ކޯޓުގެ 2011/SC-SJ/04 ރިޓް އޮފް ޕްރޮހިބިޝަނާއި އިސްތިއުނާފުކުރުމުގެ ދުސްތޫރީ ޙައްޤާ ޚިލާފު ކަމެއްތޯ.
ނިންމުން
ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައިއިސްތިއުނާފު ބާޠިލް، ސިވިލް ކޯޓުގެ އަމުރު ޤާއިމް (ތަޙުލީލުން ދޭހަވާ ގޮތުން)
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 ކޯޓުތަކުން ވަގުތީ އަމުރުތަކާއި ކޯޓު އަމުރުތައް ނެރުމުގައި، މައްސަލައިގެ ވަށައިގެންވާ ކަންކަމަށް ބަލައި، އަޑުއެހުމެއް ނުބާއްވައިވެސް އަމުރު ނެރުމުގެ އިޚްތިޔާރު ފަނޑިޔާރުންނަށް ލިބިގެންވާކަމީ ޒަމާނުއްސުރެ އިސްތިޤުރާރުވެފައިވާ އުޞޫލެކެވެ.
HN2 ބަސް ނާހާ އަމުރު ނެރުނުކަމަށް ބުނެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާއަށް ޙަވާލާދީ ހުށަހަޅާ އިސްތިއުނާފީ ނުކުތާއެއްގައި، ފަނޑިޔާރު އެ އިޚްތިޔާރު ބޭނުންކުރި ގޮތާމެދު ސުވާލު އުފައްދައި، ޤާނޫނީ ޙުއްޖަތާއެކު ބަހުސް ކުރެވޭނެ ގޮތަށް (މިސާލަކަށް ވާޤިޢާތައް ތަފާތުކަން ދައްކައި) ހުށަނާޅާނަމަ، އެ ނުކުތާއަކީ ގޮތެއް ކަނޑައަޅަންޖެހޭ ނުކުތާއެއް ނޫނެވެ.
HN3 ސުޕްރީމް ކޯޓުގެ 2011/SC-SJ/04 'ރިޓް އޮފް ޕްރޮހިބިޝަން' އަކީ ވަކި މައްސަލައަކާ ގުޅިގެން ނެރެފައިވާ އަމުރެއް ކަމުން، އެއީ ހުރިހާ މައްސަލައަކަށް ތަޠުބީޤުކުރެވޭ ޢާންމު ޤާނޫނީ އުޞޫލެއް ނޫނެވެ. (ސުޕްރީމް ކޯޓުގެ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ ވ. މޯލްޑިވްސް ކޮލިޓީ ސީފުޑް ޤަޟިއްޔާގެ މައްޗަށް)
HN4 އިސްތިއުނާފަށް މައްސަލައެއް ހުށަހެޅުމަކީ އޭގެ ޒާތުން ދަށުކޯޓުގެ ޙުކުމް ތަންފީޛުކުރުން ހުއްޓުމަކަށް އަންނަ ކަމެއް ނޫނެވެ؛ ކާމިޔާބުވި ފަރާތަށް ޙުކުމުގެ މަންފާ އެ ހިނދުން ފެށިގެން ޙައްޤުވެއެވެ؛ އިސްތިއުނާފުކުރުމާއެކު ތަންފީޛު އޮޓޮމެޓިކުން ހުއްޓޭނެކަމަށް ދަލާލަތުކުރާ ޤާނޫނީ ޙުއްޖަތެއް ނެތެވެ. ސުޕްރީމް ކޯޓުގެ SCPD-11/2021 ގެ ދަށުން މަތީ ކޯޓަކުން ތަންފީޛު ފަސްކުރުމަށް އަމުރު ނުކުރާހާ ހިނދަކު މަދަނީ ޙުކުމްތަކާއި އަމުރުތައް ތަންފީޛުކުރަންވާނެއެވެ.
HN5 ޙުކުމް ތަންފީޛު ފަސްކުރުމުގެ އަމުރު ނެރުމުގެ އިޚްތިޔާރު ހައިކޯޓަށް ލިބިގެންވިޔަސް، އެއީ ޢަދުލުއިންސާފު ކަށަވަރުކުރުމަށް ބޭނުންކުރަންޖެހޭ އިޚްތިޔާރެކެވެ؛ ތަންފީޛު ފަސްކުރަން އެދޭ ފަރާތުން (1) އިސްތިއުނާފުގައި ރަނގަޅަށް ޖަދަލުކުރެވޭ މައްސަލައެއް އޮތްކަން، (2) އަމުރު ނުނެރެފިނަމަ ގެއްލުންވާނެކަން، (3) އަމުރު ނުނެރުމުން އެ ފަރާތަށް ލިބޭ ގެއްލުން، އަމުރު ނެރުމުން ކާމިޔާބުވި ފަރާތަށް ލިބޭ ގެއްލުމަށްވުރެ ބޮޑުކަން، ހެއްކާއެކު ސާބިތުކުރަންޖެހޭނެއެވެ.
HN6 އިސްތިއުނާފު ކާމިޔާބުވުމުގެ އުއްމީދެއް ނެތްނަމަ ތަންފީޛު ފަސްނުކުރުމަކީ އެންމެ ގާތްގޮތެވެ؛ ޙުކުމާ އެއްގޮތަށް ޢަމަލުކުރުން ދަތިވުން (ބަނގުރޫޓުވުން، ދަރަނި ނުދެއްކޭ ޙާލަތު، މުދާ ވިއްކަންޖެހުން ފަދަ) އެކަނި ތަންފީޛު ފަސްކުރުމުގެ ސަބަބެއް ނޫނެވެ؛ ބަލަންޖެހޭނީ އަމުރު ނުނެރެފިނަމަ އިސްތިއުނާފުގެ ބޭނުން ކެނޑި، ދާއިމީ ނުވަތަ އިޢާދަނުކުރެވޭ ގެއްލުމެއް ލިބިދާނެތޯއެވެ؛ މިކަން ކަނޑައެޅޭނީ 'ހީ' އެއް ނުވަތަ ބުނެލުމެއްގެ މައްޗަށް ނޫނެވެ.
HN7 ރަހުނު ވިއްކާލުމުގެ ހުއްދަ ހައިކޯޓުގައި އިސްތިއުނާފުކޮށްފައި އޮތުން އެކަނި، ތަންފީޛު ޤަޟިއްޔާ މަޑުޖައްސައި އެ ޤަޟިއްޔާއާ ގުޅޭ އަމުރުތައް ނެރުން ހުއްޓާލަންޖެހޭ ސަބަބެއް ނޫން ކަމުން، އެފަދަ އަމުރަކީ އިސްތިއުނާފުކުރުމުގެ ޙައްޤު ގެއްލޭގޮތަށް ނެރުނު އަމުރެއް ނޫނެވެ.
ވަކީލުންނާއި ފަނޑިޔާރުން
- ވަކީލުން
- —
- ބެންޗު
- ޙަސަން ޝަފީޢު، ޝުޢައިބު ޙުސައިން ޒަކަރިއްޔާ، މުޙައްމަދު ފައިޞަލް
- ރިޔާސަތު
- —
- ރައުޔު ލިޔުނު ފަނޑިޔާރު
- ޙަސަން ޝަފީޢު · ތާއީދުކުރެއްވީ: ޝުޢައިބު ޙުސައިން ޒަކަރިއްޔާ، މުޙައްމަދު ފައިޞަލް
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
ފަނޑިޔާރު ޙަސަން ޝަފީޢުގެ ރައުޔު ( މިރައުޔަށް ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާ އާއި ފަނޑިޔާރު
މުޙައްމަދު ފައިޞަލް ތާއީދުކުރއެވެ ).
ތަޢާރުފު
1މިއީ، ސިވިލް ކޯޓގު ނަންބަރު 3/CA/2020/631-CR-B5-144 ކޯޓު އަމުރު އިސްތިއުނާފކު ރުމަށް އެދު 2 1 އަތަމާ އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑް އާއި، އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް 4 3 އާއި، […] / އިބްރާހީމް ޢަބްދުއްލަޠފީ އަދި […] / ޢާޞިމާ ޙަސަން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވޭ ޤަޟިއްޔާއެކެވެ. މި ޤަޟިއްޔާގައި އިސްތިއުނާފުރައްދުވާ ފަރާތްތަކަކީ، ސްޓޭޓް ބޭންކް އޮފް އިންޑިޔާ (މާލެ ބްރާންޗް)އާއި، ސްޓޭޓް ބޭންކް އޮފް އިންޑިޔާ އިންޓަރނޭޝަނަލް (މޮރިޝަސް) ލިމިޓެޑްއާއި، ކޮމާޝަލް ބޭންކް އޮފް ސިލޯން އަދި މޮރިޝަސް ކޮމާޝަލް ބޭންކް ލިމިޓެޑްއެވެ.
ކަން ހިނގާފައިވާގޮތް
2އަތަމާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުގެ އެދމަކަށު 21 މާރިޗް 2222 ގައި US$ 15,000,000.00 (ފަނަރަ މިލިއަން އެމެރިކާ ޑޮލަރު) ގެ ޓަރމް ލޯނެއް ސްޓޭޓް ބޭންކް އޮފް އިންޑިޔާ (މާލެ ބްރާންޗް) އިން އަތަމާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށް ދޫކޮށްފައިވާހިނދު، އެއްބަސްވެފައިވާގޮތަށް މިލޯނުގެ ފައިސާ ދައްކާފައިނުވުމުގެ ސަބަބުން މިލޯނުގެ ބެލެންސްގައި 31 އޯގަސްޓް 2212 ގެ ނިޔަލަށް އޭގެ އިންޓްރެސްޓާއި ޖޫރިމަނާއާއެކު US$ 18,487,219.66 (އަށާރަ މިލިއަން ހަތަރުލައްކަ އަށްޑިހަ ހަތްހާސް ދުއިސައްތަ ނަވާރަ ޑޮލަރު ފަސްދޮޅަސްހަ ސެންޓް) ދައްކަންޖެހި ނުދެއްކިވާކަމާއި، އަތަމާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުގެ އެދުމަކަށް 22 ނޮވެމްބަރު 2222 ގައި US$ 5,000,000.00 (ފަސް މިލިއަން ޔޫ.އެސް ޑޮލަރު) ގެ ޓަރމް ލޯނެއް ސްޓޭޓް ބޭންކް އޮފް އިންޑިޔާ ރަޖިސްޓްރޭޝަން ނަންބަރު 65/98-C ރަޖިސްޓްރޭޝަން ނަންބަރު 221/97-C(މާލެ ބްރާންޗް) އިން އަތަމާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށް ދޫކޮށްފައިވާހިނދު، އެއްބަސްވެފައިވާގޮތަށް މިލޯނުގެ ފައިސާ ދައްކާފައިނުވުމުގެ ސަބަބުން މިލޯނުގެ ބެލެންސްގައި 31 އޯގަސްޓް 2212 ގެ ނިޔަލަށް އޭގެ އިންޓްރެސްޓާއި ޖޫރިމަނާއާއެކު US$ 6,526,628.95 (ހަ މިލިއަން ފަސްލައްކަ ސައްބީސް ހާސް ހަސަތޭކަ އަށާވީސް ޑޮލަރު ނުވަދިހަ ފަސް ސެންޓް) ދައްކަންޖެހި ނުދެއްކިވާކަމާއި، އަތަމާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުގެ އެދުމަކަށް 24 އެޕްރީލް 2222 ގައި US$ 6,000,000.00 (ހަ މިލިއަން ޔޫ.އެސް ޑޮލަރު) ގެ ޓަރމް ލޯނަކާއި، 11 ޖެނުއަރީ 2222 ގައި 4,000,000.00 US$ (ހަތަރު މިލިއަން ޔޫ.އެސް ޑޮލަރު) ގެ ޓަރމް ލޯނެއް (އެކުޖުމްލަ US$ 10,000,000.00 (ދިހަ މިލިއަން ޔޫ.އެސް ޑޮލަރު) ގެ ޓަރމް ލޯނެއް) ސްޓޭޓް ބޭންކް އޮފް އިންޑިޔާ އިންޓަރނޭޝަނަލް (މޮރިޝަސް) ލިމިޓެޑުން އަތަމާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށް ދޫކޮށްފައިވާހިނދު، އެއްބަސްވެފައިވާގޮތަށް މިލޯނުގެ ފައިސާ ދައްކާފައިނުވުމުގެ ސަބަބުން މިލޯނުގެ ބެލެންސްގައި 31 އޯގަސްޓް 2212 ގެ ނިޔަލަށް އޭގެ އިންޓްރެސްޓާއި ޖޫރިމަނާއާއެކު US$ 11,414,174.70 (އެގާރަ މިލިއަން ހަތަރުލައްކަ ސާދަހާސް އެއްސަތޭކަ ހަތްދިހަ ހަތަރު ޑޮލަރު ހަތްދިހަ ސެންޓް) ދައްކަންޖެހި ނުދައްކާވާކަމާއި، އަތަމާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ އެދުމަކަށް 22 އެޕްރީލް 2212 ގައި US$ 2,000,000.00 (ދެ މިލިއަން ޔޫ.އެސް ޑޮލަރު) ގެ ޓަރމް ލޯނެއް ސްޓޭޓް ބޭންކް އޮފް އިންޑިޔާ އިންޓަރނޭޝަނަލް (މޮރިޝަސް) ލިމިޓެޑުން އަތަމާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށް ދޫކޮށްފައިވާހިނދު، އެއްބަސްވެފައިވާގޮތަށް މިލޯނުގެ ފައިސާ ދައްކާފައިވާނުވުމުގެ ސަބަބުން މިލޯނުގެ ބެލެންސްގައި 31 އޯގަސްޓް 2212 ގެ ނިޔަލަށް އޭގެ އިންޓްރެސްޓާއި ޖޫރިމަނާއާއެކު 83,842.922US$ 2, (ދެ މިލިއަން ދެ ލައްކަ އަށްޑިހަ ތިންހާސް އަށްސަތޭކަ ސާޅީސް ދޭއް ޑޮލަރު ނުވަދިހ ދޭއް ސެންޓް ) ދައްކަންޖެހި ނުދެއްކިވާކަމާއި، އަތަމާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ އދުމަކަށެ 22 އެޕްރީލް 2212 ގައި US$ 6,000,000.00 (ހަ މިލިއަން ޔޫ.އެސް ޑޮލަރު) ގެ ޓަރމް ލޯނެއް ކޮމަރޝަލް ބޭންކް އޮފް ސިލޯން ލިމިޓެޑުން އަތަމާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށް ދޫކޮށްފައިވާހިނދު، އެއްބަސްވެފައިވާގޮތަށް މިލޯނުގެ ފައިސާ ދައްކާފައިނުވުމުގެ ސަބަބުން މި ލޯނުގެ ބެލެންސްގައި 23 ސެޕްޓެމްބަރު 2212 ގެ ނިޔަލަށް އޭގެ އިންޓްރެސްޓާއި ޖޫރިމަނާއާއެކު 6,666,231.17 $US (ހަ މިލިއަން ހ ލައްކަ ފަސްދޮޅަސް ހަހާސް ދުއިސައްތަ ތިރީސް އެކެއް ޔޫ.އެސް ޑޮލަރު ސަތާރަ ސެންޓް ) ދައްކަންޖެހި ނުދެއްކިވާކަމާއި، ބަޔާންކުރެވިދިޔަ ބޭންކް ތަކުން އަތަމާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށް ދޫކޮށްފައިވާ އެންމެހާ ލޯނުތަކުގައި "ކިހާދުއްފަރު" ރިޒޯޓާއި، "މާވެލާވަރު އައިލެންޑް ރިޒޯޓް" (އެތަންތަނުގައިވާ އެންމެހާ ޢިމާރާތްތަކާއި، އިންތަކާއި، ޚިދުމަތްދޭ ވަސީލަތްތަކާއި، މެޝިނަރީއާއި، އިކްއިޕްމަންޓްތަކާއި، މަސައްކަތު ސާމާނާއި، ފަރުނީޗަރާއި ހަރުކުރެވިފައިވާ ތަކެއްޗާއި ތަށ ތެލި ސަމްސާ ފަދަ ތަކެއްޗާއި ފޮތީގެ ސާމާނާއި، ސްޓޮކްގައ ހުރި ތަކެއްޗާއި، މީގެ އިތުރުންވެސް އެތަންތަނުގައި ބޭނުންކުރެވޭ އަދި އެތަންތަނާ ގުޅިފައިވާ އެންމެހާ ތަކެތި ހިމެނޭގޮތަށް) ރަހުނުކުރެވިފައިވާކަމާއި، އަދި މި އެންމެހާ ލޯނުތަކަށް އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑާއި، […] / އިބްރާހީމް ޢަބްދުއްލަޠީފް އާއި، […] / ޢާޞިމާ ޙަސަން ގެރެންޓީ ދީފައިވާކަން ސާބިތުވާތީ، އެލޯނުތަކުގެ ފައިސާ އެ ލޯނެއް ދޫކޮށްފައިވާ ބޭންކަކަށް އަދާކޮށްދިނުމުގެ ގޮތުން، 32 ސެޕްޓެމްބަރު 2212 އިން ފެށިގެން 22 (ހަ ތެއް) މަސްދުވަހުގެ ތެރޭގައި ކޮންމެ މަހަކުވެސް އެމަހަކަށް ޖެހޭވަރު އެލޯނެއް ދޫކުރި ބޭންކަށް އަދާކުރަމުންގޮސް އެމުއްދަތުގެ ތެރޭގައި މި އެންމެހައި ލޯނުތައް އޭގެ އިންޓްރެސްޓާއި ޖޫރިމަނާއާއެކު ދައްކާ ޚަލާޞްކުރުމަށް އަތަމާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާއި، އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑާއި، […] އިބްރާހީމް ޢަބްދުއްލަޠީފްއާއި، […] ޢާޞިމް ޙަސަން އަށް އަންގައި، ލޯނުތައް ދެއްކުމަށް ދެވުނު 22 (ހަތެއް) މަސްދުވަހުގެ މުއްދަތު ހަމަވާއިރު، ލޯނުތައް އޭގެ އިންޓްރެސްޓާއި ޖޫރިމަނާއާއެކު އެއްކޮށް ދައްކާ ޚަލޞާކުރެވިފައިނުވާނަމަ، ރަހުނު ވިއްކާލުމުގެ ހުއްދަ ލޯނުތައް ދޫކުރި ބޭންކްތަކަށ ލިބިގެންވާކަން އެ ބޭންކްތަކަށް އަންގައި ޙުކުމް ކޮށްފައިވާކަން، ސިވިލް ކޯޓުގެ ނަންބަރު 2384/Cv-C/2011 ޤަޟިއްޔާއިން އެނގެން އޮވެއެވެ.
3ސިވިލް ކޯޓުގެ ނަންބަރު C/2011-/Cv3842 ޤަޟިއްޔާގެ ޙުކުމް ތަންފޒީކުރުމުގ ގޮތުނެ އެ ކޯޓުގައި ބަލަމުންދާ ނަންބަރު 1950/Cv-C/2019 ޤަޟިއްޔާގެ ތެރެއިން، ރަހުނު ވިއްކާލުމުގެ ހުއްދަ 22 ނޮވެމްބަރު 2212 ގައި އެކޯޓުން ދީފައިވެއެވެ. އެ ހުއްދައިގާ ބަޔާންކޮށްފައިވަނީ: "ދެންފަހެ، ސިވިލް ކޯޓުގެ ނަންބަރު 2384/Cv-C/2011 ޤަޟިއްޔާގެ ޙުކުމާއި ގުޅިގެން ދަޢުވާލިބޭ އަތަމާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް އާއި އަތަމާ މެރިން އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑް އާއި […] / މާލެ، އިބްރާހީމް ޢަބްދުއްލަޠީފް އާއި […] / މާލެ، އާޞިމާ ޙަސަންގެ ފަރާތުން ސްޓޭޓް ބޭންކް އޮފް އިންޑިޔާ (މާލެ ބްރާންޗް) އާއި ސްޓޭޓް ބޭންކް އޮފް އިންޑިޔާ އިންޓަރނޭޝަނަލް (މޮރިޝަސް) ލިމިޓެޑް އާއި ކޮމާޝަލް ބޭންކް އޮފް ސިލޯން ލިމިޓެޑްއަށް ދައްކަންޖެހޭ ފައިސާއާއި ސިވިލް ކޯޓުގެ ނަންބަރު 2332/Cv-C/2011 ޤަޟިއްޔާއިން ޘާބިތުވެގެން އަތަމާ އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑގް ފަރާތުން މޮރިޝަސް ކޮމާޝަލް ބޭންކް ލިމިޓެޑްއަށް ދައްކަންޖެހޭ ފައިސާ ލިބިދިނުމުގެ ގޮތުންނާއި، ބުނެވިދިޔަ ފަރާތްތަކަށް ލިބިދެވެންޖެހޭ ފައިސާ ދަރަނީގެ ނިސްބަތުން އަދާވާނޭ ގޮތެއްގެ މައްޗަށް ސިވިލް ކޯޓުގެ ނަންބަރު 2384/Cv-C/2011 ޤަޟިއްޔާގައި ރަހުނުކޮށްފައިވާކަމަށ ބަޔާންކޮށްފައިވް "މާވެލާވަރު އައިލެންޑް ރިޒޯޓް" ވިއްކާލުމުގެ ހުއްދަ ދަޢުވާކުރާ ސްޓޭޓް ބޭންކް އޮފް އިންޑިޔާ (މާލެ ބްރާންޗް)އަށް ލިބިގެންވާކަމަށް ކަނޑައަޅައި، މިއަދުން ފެށިގެން 23 (ތިނެއް) މަސްދުވަހުގެ ތެރޭގައި ހުޅުވާލެވިގެންވާ ބީލަމެއްގައި "މާވެލާވަރު އައިލެންޑް ރިޒޯޓް" ވިއްކާލުމަށްފަހު ލިބޭ އެންމެހައި ފައިސާ އެކުގައި ބުނެވިދިޔަ ބޭންކްތަކުނ ކަނޑައަޅް އެކައުންޓަކަށް ޖަމާކޮށް، އެލިބުނު ފައިސާގެ މިންވަރު މިކޯޓަށް އެންގުމުން އެފައިސާ އަރަނިވެރިންނަށް ލިބިދިނުމުގައި ކޯޓުން ކަނޑައަޅައި ނިސްބަތުން އެފައިސާ ބުނެވުނު ފަރާތްތަކަށް ހަވާލުކުރުމަށް އަންގާ ގޮތެއްގެ މަތިން ލިބިދެވޭނެކަމާއި، މިހިނދުން ފެށިގެން ބުނެވުނު ލޯނުތަކާއ ގުޅިގެނި އަރަމުންދާ އިންޓްރެސްޓާއި ޖޫރިމަނާ އެރުން ހުއްޓަންޖެހޭނެކަން ބުނެވިދިޔަ ބޭންކްތަކަށް އަންގައި، "މާވެލާވަރު އައިލެންޑް ރިޒޯޓް" ވިއްކާލުމުގެ ހުއްދަ ސްޓޭޓް ބޭންކް އޮފް އިންޑިޔާ (މާލޭ ބްރާންޗް) އަށް ދީފީމެވެ." ސިވިލް ކޯޓުގެ ނަންބަރު 3/RVH/2019/04-CR-B5 ރަހުނު ވިއްކާލުމުގެ ހުއްދަ
4ރަހުނުކުރެވިފައިވާ ރަށްތައް ވެލުއޭޓްކުރުމަށް، އިސްވެ ބުނެވުނު ޙުކުމް ތަންފޒީކުރުމުގ ޤަޟިއްޔާގެ ތެރެއިން، ޝަރީޢަތުން ނިންމާ 21 މާރިޗް 2222 ގައި ސިވިލް ކޯޓުގެ ނަންބަރު 3/CA/2020/382-CR-B5-144 ކޯޓު އަމުރުން އަމުރުކޮށްފައިވެއެވެ. އެ އަމުރުގައި ބަޔާންކޮށްފައިވަނީ: "ސިވިލް ކޯޓުގެ ނަންބަރު 2384/Cv-C/2011 ޤަޟިއްޔާގެ ޙުކުމް ތަންފީޛުކުރުމުގެ ގޮތުން ރަހުނުކުރެވިފައިވާ "ކިހާދުއްފަރު" އެވެކިޔާ ރިސޯޓްއާއި "މާވެލާވަރު އައިލެންޑް ރިސޯޓް" ވެލުއޭޓްކުރުމަށް ދަޢުވާކުރާ ފަރާތުން ހުށަހެޅިގޮތަށް ވެލުއޭޓްކުރުމަށް ޝަރީޢަތުން ނިންމާފައިވާތީއާއި، ވެލުއޭޓަރެއްގެ ގޮތުގައި t & YoungErns (އާންސްޓ އެންޑް ޔަންގ) ހަމަޖެއްސުމަށް ދެފަރާތުން އެއްބަސްވާތީ، ވެލުއޭޓްކުރުމަށްޓަކައި ވެލުއޭޓަރ ހުށަހަޅާ ތާރީޚާއި ގަޑިއަށް ދެރިސޯޓް ބެލޭނެ އިންތިޒާމް ހަމަޖައްސައި ދިނުމަށް އަތަމާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށް އަންގައި އަމުރުކޮށްފީމެވެ."
2. އިސްވެބުނެވުނު ވެލުއޭޝަން ހަދަމުންދާވަގުތު ވި ޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް ނުވަތަ ވެލުއޭޓަރާއި މައްސަލާގައި ހިމެނޭ ފަރާތްތަކުގެ އޮފިޝަލުންނާއި އެއްޙާޟިރެއްގައި ތިބެގެން ވެލުއޭޝަންގެ ކަންތައްތައް ކުރިއަށް ގެންދެވޭނެ އިންތިޒާމް ހަމަޖެއްސުމަށް އަންގާ 13 އޮކްޓޯބަރު 2222 ގައި ސިވިލް ކޯޓުގެ ނަންބަރު 3/CA/2020/631-CR-B5-144 ކޯޓު އަމުރު ން އަމުރުކޮށްފައިވެއެވެ.
1. މިއީ، އިސްވެބުނެވުނު ސިވިލް ކޯޓުގެ ނަންބަރު 3/CA/2020/631-CR-B5-144 ކޯޓު އަމުރު އިސްތިއުނާފުކުރުމުން، ދިވެހިރާއްޖޭގެ ހައިކޯޓުގައި ބަލާފައިވާ ޤަޟިއްޔާއެވެ.
ސިވިލް ކޯޓުގެ އަމުރު
2. ސިވިލް ކޯޓުގެ އަމުރުގައި ބަޔާންކޮށްފައިވަނީ: "ސިވިލ ކޯޓުގް ނަންބަރު 2384/Cv-C/2011 ޤަޟިއްޔާގެ ޙުކުމް ތަންފީޛުކުރުމުގެ ގޮތުން ރަހުނުކުރެވިފައިވާ "ކިހާދުއްފަރު" އެވެކިޔާ ރިސޯޓްއާއި "މާވެލާވަރު އައިލެންޑް ރިސޯޓް" ވެލުއޭޓްކުރުމަށް ދަޢުވާކުރާ ފަރާތުން ހުށަހެޅިގޮތަށް ވެލުއޭޓްކުރުމަށް ޝަރީޢަތުން ނިންމާފައިވާތީއާއި، ވެލުއޭޓަރެއްގެ ގޮތުގައި t & YoungErns (އާންސްޓ އެންޑް ޔަންގ) ހަމަޖެއްސުމަށް ދެފަރާތުން އެއްބަސްވާތީ، ވެލުއޭޓްކުރުމަށްޓަކައި ވެލުއޭޓަރ ހުށަހަޅާ ތާރީޚާއި ގަޑިއަށް ދެރިސޯޓް ބެލޭނެ އިންތިޒާމް ހަމަޖައްސައި ދިނުމަށް އަތަމާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށް އަންގައި، މިދެ ރިސޯޓު ވެލުއޭޓްކުރަމުން ގެންދާ ވަގުތު ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް ނުވަތަ ވެލުއޭޓަރާއ ދަޢުވާކުރި ފަރާތާއި ދަޢުވާލިބޭ ފަރާތްތަކުގެ އޮފިޝަލުންނާއި އެއްޙާޟިރެއްގައި ތިބެގެން މިވެލުއޭޝަންގެ ކަންތައްތައް ކުރިއަށްގެންދެވޭނެ އިންތިޒާމް ހަމަޖެއްސުމަށް އަތަމާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށް އަންގައި އަމު ރުކޮށްފީމެވެ." އިސްތިއުނާފީ ނުކުތާތައް
2. އިސްތިއުނާފީ ނުކުތާތަކުގެ ގޮތުގައި އަންނަނިވި 2 (ދޭއް) ނުކުތާ ހުށަހަޅާ އެ ނުކުތާތަކާ ބެހޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި އިސްތިއުނާފުކުރާ ފަރާތުން ވަކާލާތުކޮށްފައިވެއެވެ. އެގޮތުން ހުށަހަޅާފައިވާ ނުކުތާތަކަކީ:
2.1 އިސްތިއުނާފުކުރާ ފަރާތްތަކުގެ ބަހެއް ހޯދުމަކާއި ނުލައި، ދިވެހިޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ) އަދި (ށ) ގައި ކަނޑައަޅާފައިވާ ދުސްތޫރީ ޙައްޤުން އިސްތިއުނާފުކުރާ ފަރާތްތައް މަޙްރޫމްވެގެންދާ ގޮތަށް، އަދި އިސްތިއުނާފުކުރާ ފަރާތްތަކުގެ "ޙައްޤުލް އިސްތިމާޢު" ގެ ޙއްޤަ ގެއްލިގެންދާ ގޮތަށް ސިވިލް ކޯޓުން އެ ކޯޓުގެ ނަންބަރު 3/CA/2020/631-CR-B5-144 ކޯޓު އަމުރު ނެރެފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއާއި؛
2.2 އިސްތިއުނާފުކުރެވިފައިވާ ސިވިލް ކޯޓުގެ ނަންބަރު 3/CA/2020/631-CR-B5-144 ކޯޓު އަމުރަކީ ސިވިލް ކޯޓުގެ ނަންބަރު 3/RVH/2019/04-CR-B5 "ރަހުނު ވިއްކާލުމުގެ ހުއްދަ" ތަންފީޒީ ކުރުމުގު ގޮތުނެ ނެރެފައިވާ އަމުރެއްކަމުގައިވާއިރު، ސިވިލް ކޯޓުގެ ނަންބަރު -CR-B5 3/RVH/2019/04 "ރަހުނު ވިއްކާލުމުގެ ހުއްދަ" އިން ބޭންކަށް ރިކަވަރ ކުރަންޖެހޭކަމަށް ކަނޑައަޅާފައިވާ ޢަދަދާއިމެދު ހިތްހަމަނުޖެހޭތީ، އެ އަމުރު ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކޮށްފައި ވީނަމަވެސް، އެކަމަށް ރިޢާޔަތް ކުރުމަކާނުލައި ސިވިލް ކޯޓުން ނެރުއްވާފައިވާ ކޯޓު އަމުރަކީ ދިވެހިޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 21 ވަނަ މާއްދގައާ ކަނޑައަޅާފައިވި ދުސްތޫރީ ޙާ އްޤަ އިސްތިއުނާފުކުރާފަރާތްތަކަށ ގެއްލޭގޮތަށް ނެރުއްވާފައިވާ އަމުރެއްކަން އަދި ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ނަންބަރު 2011/SC-SJ/04 "ރިޓް އޮފް ޕް ރޮހިބިޝަން" ގައި ޤާއިމްކޮށްފައިވާ ޤާނޫނީ އުޞޫލާއި ޚިލާފަށް ސިވިލް ކޯޓުން ބުނެވިދިޔަ އަމުރު ނެރެފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ. އިސްތިއުނާފުކުރާ ފަރާތްތަކުން ފާހަގަކުރި ކަންތައްތައް އިސްތިއުނާފީ ފުރަތަމަ ނުކުތާއާ ގުޅޭ
2. އިސްތިއުނާފުކުރެވިފައިމިވާ އަމުރު ފިޔަވައި، ސިވިލް ކޯޓުގެ ނަންބަރު 1950/Cv-C/2019 ޤަޟިއްޔާގެ ދަށުން ނެރެފައިވާ ކޮންމެ އަމުރެއް އަދި ނިންމާފައިވާ ކޮންމެ ނިންމުމެއްގެ ކުރިން، އެކަމަކާ ގުޅިގެން ވާހަކަދެއްކުމުގެ ފުރުސަތު ދިނުމަށާއި، ހުށަހަޅަން ބޭނުން ކަންކަން ހުށަހެޅުމުގެ ގޮތުން ޝަރީޢަތުގެ އަޑުއެހުން ބާއްވާފައިވާކަމަށާއި، 13 އޮކްޓޯބަރު 2222 ގައި އަމުރު ނެރުނުކަމަށް ބަޔާންކޮށްފައިވީނަމަވެސް، އަމުރު ލިބިފައިވަނީ 12 އޮކްޓޯބަރު 2222 ގެ ރޭގަނޑު 22:31 ގައި ކަމަށް އިސްތިއުނާފުކުރާ ފަރާތްތަކުން
12.ޝަ ރީޢަތުގެ މަޖިލީހެއް ބާއްވާފައި ނުވާތީ، ދިވެހިޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 42 (ހ) އަދި (ށ) އިން ލިބިދޭ އާއްމުކޮށް ހުޅުވާލެވިގެން ބާއްވާ އަޑުއެހުމެއްގައި އިންސާފުން ޢދުލަވެރިކަމާއެކ ޝަރީޢަތު ކުރުމުގެ ޙައްޤާއި، އެފަރާތުގެ "ޙައްޤުލް އިސްތިމާޢު" ގެ ޙައްޤު ގެއްލިގެން ގޮސްފައިވާކަމަށާއި، ކޯޓުން ނެރޭ ކޮންމެ އަމުރެއް އަދި ނިންމާ ނިންމުމެއްގެ ކުރިން އަސާސީ ޙަ އްޤުތައ މައްސަލައިގް ޚޞަ މުން ނަށް ލިބިދީފައިވާކަން ކަށަވަރުކުރަންޖެހޭނެ ކަމަށާއި، މި ޙައްޤުތައް ލިބިނުދީ ނިންމާ ނިންމުމަތަކަކީ، ޤާނޫނުއަސާސީގެ ބުނެވުނު މާއްދާތަކާއި ފުށުއަރާ ގޮތަށް ނިންމޭ ނިންމުމަކަށްވާތީ، އިސްތިއުނާފުކުރެވިފައިވާ ސިވިލް ކޯޓުގެ އަމުރު ބާޠިލުކުރަންޖެހޭ ކަމަށް އިސްތިއުނާފުކުރާ ފަރާތްތަކުން ފާހަގަކޮށްފައިވެއެވެ.
އިސްތިއުނާފީ ދެވަނަ ނުކުތާއާ ގުޅޭ
11ސިވިލް ކޯޓުގެ ނަންބަރު 3/RVH/2019/04-CR-B5 "ރަހުނު ވިއްކާލުމުގެ ހުއްދަ" އިން ކަނޑައަޅާފައިވާ ޢަދަދަކީ ސިވިލް ކޯޓުގެ ނަންބަރު 2384/Cv-C/2011 ޤަޟިއްޔާގެ ހުދޫދުނ ބޭރުން ކަނޑައަޅާފައިވާ ޢަދަދެއްކަމަށް ދެކޭތީ، އެ ހުއްދަ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2020/HC-A/78 ޤަޟިއްޔާގައި ބަލަމުންދާކަމަށާއި، މައްސަލައެއް އިސްތިއުނާފުކުރުމުން އެ މައްސަލައާ ގަޅު ތަންފީޒީ މައްސަލަ ހުއްޓާލުމަކީ ސވިލި ކޯޓުން ޢަމަލުކުރަމުންދާ އުޞޫލު ކަމަށާއި، މި އުޞޫލު ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ނަންބަރު 2011/SC-SJ/04 "ރިޓް އޮފް ޕްރޮހިބިޝަންގައިވެސް ޤާއިމްކުރައްވާފައިވާތީ، މި ޤާނޫނީ އުޞޫލަށް ރިޢާޔަތްކޮށް ސިވިލް ކޯޓުން އަބދުވަ ސ ޢމަލުކުރަމުންގެންދަ އުޞޫލަކީ އިސްތިއުނާފީ މައްސަލައަކަށް އަސަރުކުރާފަދަ ތަންފީޒީ ފިޔަވަޅެއް ނޭޅުނ ކަމަށް އިސްތިއުނާފުކުރާ ފަރާތްތަކުން ފާހަގަކޮށްފައިވެއެވެ.
12.އިސްތިއުނާފުކުރެވިފައިވ އަމުރަކާ ސިވިލްކޯޓުގެ ނަންބަރު 3/RVH/2019/04-CR-B5 "ރަހުނު ވިއްކާލުމުގެ ހުއްދަ" އިން ކަނޑައަޅާފައިވާ ޢަދަދު ރިކަވަރ ކުރުމުގެ ގޮތުން ރަހުނު ކުރެވިފައިވާ މުދާތައް އަގުމަގު ކުރުމަށްޓަކައި ނެރެފައިވާ އަމުރަކަށްވާއިރު، މިއީ އިސްތިއުނާފީ މައްސަލައިގެ މައުލޫއާ ގުޅުންހުރި ތަންފީޒީ ފިޔަވަޅެއްކަމަށާއި، މި ބާވަތުގެ މައްސަލަތަކުގައި ޢަމަލުކުރަންޖެހޭ ގޮތަކީ، ރިކަވަރ ކުރަންޖެހޭ ޞައްޙަ ޢަދަދު ކަނޑައެޅުމަށްފަހު، އެ ޢަދަދު ރިކަވަރ ކުރުމުގެ ގޮތުން ފިޔަވަޅު އެޅުންކަމަށް އިސްތިއުނާފުކުރާ ފަރާތްތަކުން ބުނެފައިވެއެވެ.
އިސްތިއުނާފުކުރާ ފަރާތްތަކުން އެދޭގޮތު
1. އިސްތިއުނާފުކުރާ ފަރާތްތަކުން އެދިފައިވަނީ: "މިފޯމުގި2 ވަނަ ނަންބަރާއް 2 ވަނަ ނަންބަރުގައި ބަޔާނެކޮށްފައިވާ ސަބަބުތައް އެގޮތުގައު ހުރުމާއެކު، ސިވިލް ކޯޓުގ ނަންބަރ 3/CA/2020/631-CR-B5-144 "ކޯޓު އަމުރު" ބާތިލުކޮށް ދެއްވުމަށް އެދެމެވެ." އިސްތިއުނާފު ފޯމުގެ 12 ވަނަ ނަންބަރު އިސްތިއުނާފރައްދުވު ސްޓޭޓް ބޭންކް އޮފް އިންޑިޔާ އިންޓަރނޭޝަނަލް (މޮރިޝަސް) ލިމިޓެޑް އަދި ސްޓޭޓް ބޭންކް އޮފް އިންޑިޔާ (މާލެ ބްރާންޗް) އިން ފާހަގަކުރި ކަންތައްތަކާއި އެދޭގޮތް އިސްތިއުނާފީ ފުރަތަމަ ނުކުތާއާ ގުޅޭ
13.އިސްތިއުނާފ ކޮށްފައިވު ކޯޓާ އަމުރަކީ ސިވިލް ކޯޓުގެ ނަންބަރު 3/CA/2020/382-CR-B5-144 ކޯޓު އަމުރު ތަންފޒީކުރުމުގައ އިސްތިއުނާފުކުރި ފަރާތްތަކުގެ އެއްބާރުލުން ނުލިބުމުގެ ސަބަބުން އިސްވެ ދެންނެވުނު އަމުރުގައި ކަނޑައަޅާފައިވާ ކަންކަން ދެފުށް ފެންނަ ގޮތަށް އިސްތިއުނާފުކުރާ ފަރާތްވެސް ބައިވެރިކޮށްގެން ކުރެވޭނެ އިންތިޒާމެއް ޤާއިމުކުރުމަށް ނެރުއްވާފައިވާ އަމުރެއްކަމާއި ސިވިލް ކޯޓުގެ ނަންބަރު 3/CA/2020/382-CR-B5-144 އަމުރު އިސްތިއުނާފުކޮށްފައި ނުވާކަން ސްޓޭޓް ބޭންކް އޮފް އިންޑިޔާ އިންޓަރނޭޝަނަލް (މޮރިޝަސް) ލިމިޓޑެ އަދި ސްޓޭޓް ބޭންކް އޮފް އިންޑިޔާ (މާލެ ބްރާންޗް)ގެ ފަރާތުން
14ސިވިލް ކޯޓުގެ ނަންބަރު 3/CA/2020/631-CR-B5-144 ކޯޓު އަމުރު ނެރެފައިވަނީ އިސްތިއުނާފު ކުރުމުގެ ޙައްޤު ގެއްލޭގޮތަށްކަމަށް އިސްތިއުނާފުކުރާ ފަރާތުން ބުނާއިރު، އަމުރުގެ ކޮޕަ އެއީ 12 އޮކްޓޫބަރު 2222 ގައި އެފަރާތަށް ލިބިފައިވާކަމާއި، 1 ނޮވެންބަރު 2020 ގައި އަމުރު އިސްތިއުނާފުކޮށްފައިވާކަން އެނގެން އޮންނައިރު އިސްތިއުނާފުކުރުމަށް ފުރުޞަތު ލިބފައިނުވާކަމަށް ބުނާބުނަމަކީ ބަލައިގަނެވޭނެ ކަމެއްނޫންކަމަށާއި، ސިވިލް ކޯޓުގެ ނަންބަރު 3/CA/2020/382-CR-B5-144 އަމުރާއި ނަންބަރު 3/CA/2020/631-CR-B5-144 އަމުރުގައިވެސް ކަނޑައަޅާފައިވަނީ އެއްކަންތައްތަކެއްކަ މާއި، ވެލުއޭޝަނަކީ އިސްތިއުނާފރައްދުވާ ފަރާތްތަކނު ޚަރަދު ކޮށްގެން ކުރާ ކަމަކަށްވާއިރު، އެފަރާތުގެ ޙާޟިރުގައަ އެކަން ކުރުމަކީ އެންމެ ޢަދުލުވެރިގޮތްކަމާއި، އެފުރުޞަތު އިސްތިއުނާފުކުރާ ފަރާތްތަކަށްވެސް އެޙައްޤު ލިބޭ ގޮތަށް އަމުރު ނެރުމުން އިސްތިއުނާފުކުރާ ފަރާތްތަކަށް އޮތް ޙައްޤެއް ގެއްލިގެން ދާނެކަމަށް ޤަބޫލުނުކުރެވޭކމަށް، ސްޓޭޓް ބޭންކް އޮފް އިންޑިޔާ އިންޓަރނޭޝަނަލް (މޮރިޝަސް) ލިމިޓެޑް އަދި ސްޓޭޓް ބޭންކް އޮފް އިންޑިޔާ (މާލެ ބްރާންޗް)ގެ ފަރާތުން ފާހަގަކޮށްފައިވެއެވެ.
12.އިސްތިއުނާފުކުރެވިފައިވ ކޯޓާ އަމުރުތަކާއި ގުޅިގެން ވެލުއޭޝަން ކުރިއަށް ގެންދިއުމުގެ އިންތިޒާމު ހަމަޖައްސައިދިނުމަށް އެދި ސްޓޭޓް ބޭންކް އޮފް އިންޑިއާއިނ ތަކުރާރުކޮށް އެދުމުންވެސް، އިސްތިއުނާފުކުރު ފަރާތުން އެއްބާރުލުން ނުދިނުމުން، މޯލްޑިވްސް ޕޮލިސް ސަރވިސް މެދުވެރިކޮށް ވެލުއޭޓް ކުރެވޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމަށް ސިވިލް ކޯޓްގައި ބޭންކުގެ ފަރާތުން އެދުމުން، 1 ނޮވެމްބަރު 2222 ގައި ޝަރީޢަތުގެ މަޖިލީހެއް ބާއްވައި، ދެފަރާތުގެ ވ ހާކަތައ ޝަރީޢަތުން އަޑއަހައު އިސްތިއުނާފުކުރި ފަރާތަށް ސިވިލް ކޯޓުގެ ނަންބަރު 3/CA/2020/382-CR-B5-144 އަމުރާއި ނަންބަރު 3/CA/2020/631-CR-B5-144 އަމުރަށް ޙުރުމަތްތެރިކޮށް ހިތުމަށް އެންގުމުން، 4 ނޮވެންބަރު 2222 ގައި އިސްތިއުނާފުކުރާ އަތަމާ އިންވެސްޓްމަންޓް ޕވޓ ލޓޑ އިން ސިވިލް ކޯޓުގެ ނަންބަރު 3/CA/2020/631-CR-B5-144 އަމުރަށް އިޙުތިރާމުކޮށް ވެލިއޭޝަނަށް ފުރިހަމަ އެއްބާރުލުން ދޭނަކަމަށ ބުން ސިވިލް ކޯޓަށް ސިޓީ ފޮނުވާފައި ޝަރީޢަތަށް ޔަޤީންކަން ދިނުމަށްފަހު އެ އަމުރު ނެރެފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާއި ޚިލާފަށް ކަމަށް ބުނެ އިސްތިއުނާފުކުރުމުން އިސްތިއުނާފުކުރާ ފަރާތްތަކުގެ ނިޔަތް ސާފު ނޫންކމަށަ ސްޓޭޓް ބޭންކް އޮފް އިންޑިޔާ އިންޓަރނޭޝަނަލް (މޮރިޝަސް) ލިމިޓެޑް އަދި ސްޓޭޓް ބޭންކް އޮފް އިންޑިޔާ (މާލެ ބްރާންޗް)ގެ ފަރާތުން ބުނެފައިވެއެވެ.
11. އިސްތިއުނާފުކުރެވިފައިވާ އަމުރު ނެރުމުގެ ކުރިން ޝަރީޢަތުގެ އަޑުއެހުމެއް ބާއްވާފައި ނުވިނަމަވެސް މި އަމުރަކީ ސިވިލް ކޯޓުން ކުރިން ނެރެފައިވ ނަންބަރު 3/CA/2020/382-CR-B5-144 އަމުރު ތަންފު ޒީ ކުރެވޭނެ އިންތިޒާމް ހަމަޖެއްސިދާނ ގޮތުގެ ތަފްޞީލް ބަޔާންކޮށްދެވިފައިވާ އަމުރަކަށްވެފައި އެއްވެސް އައު ކަމެއް އެ އަމުރުގައި ބަޔާންކޮށްދެވިފައިނުވާއިރު އިސްތިއުނާފުކުރެވިފައިވާ އަމުރަކީ ދެފަރާތުގެ ވާހަކަވެސް އަޑުއަހައިގެން ޙައްޤުލް އިސްތިމާޢު ފުރިހަމައަށް ލިއްބައިދީގެން ނެރުއްވާފައިވ އަމުރެއްކަމަށް އިސްތިއުނާފުރައްދުވާ ފަރާތުން ފާހަގަކުރެއެވެ.
އިސްތިއުނާފީ ދެވަނަ ނުކުތާއާ ގުޅޭ
12.ސިވިލ ކޯޓުގް ނަންބަރު 3/CA/2020/631-CR-B5-144 އަމުރަކީ ސިވިލް ކޯޓުގެ ނަންބަރު 3/RVH/2019/04-CR-B5 "ރަހުނު ވިއްކާލުމުގެ ހުއްދަ" ތަންފީޒީ ކުރުމުގު ގޮތުނެ ނެރިފައިވާ އަމުރެއްނޫންކަމާއި އެ އަމުރަކީ ސިވިލް ކޯޓުގެ ނަންބަރު 1950/Cv-C/2019 ޤަޟިއްޔާގެ ދަށުން ނެރެފައިވާ ނަންބަރު 3/CA/2020/382-CR-B5-144 ކޯޓު އަމުރު ތަންފީޒުކުރުމުގައި ދިމާވެފައިވާ ދަތިތަކަށް ޙައްލެއް ގެނެސް ދިނުމުގެ ގޮތުން ނެރެފައިވާ އަމުރެއްކަމަށާއި، ސިވިލް ކޯޓުގެ ނަންބަރު 3/RVH/2019/04-CR-B5 "ރަހުނު ވިއްކާލުމުގެ ހުއްދަ" އިގެ މުއްދަތު 22 ފެބުރުވަރީ 2222 ގައި ހަމަވެފައިވާތީ، އެ ހުއްދަ އިސްތިއުނާފުކޮށްފައި އޮތުމުގެ ސަބަބުން ސިވިލް ކޯޓުގެ ނަންބަރ 2384/Cv-C/2011 ޤަޟިއްޔާ ތަންފީޒީ ކުރުމުގު ގޮތުނެ ހިންގޭ ސިވިލް ކޯޓުގެ ނަންބަރު 1950/Cv-C/2019 ޤަޟިއްޔާއާ ގުޅިގެން ނެރެފައިވާ ކޯޓު އަމުރުތަކަށް ޢަމަލުކުރުން ފަސްކުރަންޖެހޭނެ ޤާނޫނީ އެއްވެސް ހަމައެއް އިސްތިއުނާފުކުރާ ފަރާތަށް ދެއްކިފައިނުވާކމަށަ ސްޓޭޓް ބޭންކް އޮފް އިންޑިޔާ އިންޓަރނޭޝަނަލް (މޮރިޝަސް) ލިމިޓެޑް އަދި ސްޓޭޓް ބޭންކް އޮފް އިންޑިޔާ (މާލެ ބްރާންޗް)ގެ ފަރާތުން
12.ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވަނީ ސިވިލް ކޯޓުގެ ނަންބަރު 3/RVH/2019/04-CR-B5 "ރަހުނު ވިއްކާލުމުގެ ހުއްދަ އެއްކަމަށާއި، އަދި އެ ހުއްދައިގެ މުއްދަތު ހަމަވެފައިވާކަމާއި، މި ޤަޟިއްޔާގާއި އިސްތިއުނާފުކުރެވިފައިވާ ކޯޓު އަމުރު ތަންފީޒީ ކުރުމުގެ ގޮތުން ފުރިހަމު އެއްބާރުލުން ދޭނެކަމަށް ބަޔާންކޮށްފައި އޮތް އޮތުމަށް ބަލާއިރު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2011/SC-SJ/04 "ރިޓް އޮފް ޕްރޮހިބިޝަން" ގައި ޤާއިމުކޮށްފައިވާ ޤާނޫނީ އުޞޫލަކީ މި މައްސަލައިގައި ތަޠުބީޤުކުރެވޭނެ އުޞޫލެއްނޫންކމަށާއި، އިސްތިއުނާފު ކުރެވިފައިމިވ ކޯޓާ އަމުރަކީ ސިވިލް ކޯޓުގެ ނަންބަރު 2384/Cv-C/2011 ޤަޟިއްޔާގެ ޙުކުމާ އެއްގޮތަށް އިސްތިއުނާފުކުރާ ފަރާތްތަކުން ފައިސާ ނުދެއްކުމުން އެ ޤަޟިއްޔާގައި ބަޔާންކޮށްފައިވާ ދެރިސޯޓު ވިއްކާލުމުގެ ކުރިން އެ ދެރިސޯޓުގެ އަގު ކަނޑައެޅުމުގެ ގޮތުން ކުރެވު ކަމެއްކަމަށާއި، އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިވާ ދަޢުވާއަކީ ސިވިލް ކޯޓުގެ ނަންބަރ 2384/Cv-C/2011 ޤަޟިއްޔާގެ ޙުކުމަށް ބަދަލު އަންނާނެ މައްސަލައަކަށް ނުވާތީ އިސްތިއުނާފުކުރެވިފައިވާ ކޯޓު އަމުރު ބާޠިލް ކުރާނެ ޝަރުޢީ އަދި ޤާނޫނީ ހަމެއެއ ނެތްކަމަށް އިސްތިއުނާފރައްދުވާ ފަރާތުން ދެކެއެވެ.
12. ސްޓޭޓް ބޭންކް އޮފް އިންޑިޔާ އިންޓަރނޭޝަނަލް (މޮރިޝަސް) ލިމިޓެޑް އަދި ސްޓޭޓް ބޭންކް އޮފް އިންޑިޔާ (މާލެ ބްރާންޗް) ގެ ފަރާތުން އެދިފައިވަނީ، ސިވިލް ކޯޓުގެ ނަންބަރު 3/CA/2020/631-CR-B5-144 ކޯޓު އަމުރު ނެރެ ފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞލުތަކ އެއްގޮތްވާ ގޮތަށްކަމަށްވާތީ، އ އަމުރެ ބާޠިލްކުރާނެ ތަނެއް ނެތްކަމަށް ކަނޑައަޅައިދިނުމަށެވެ. އިސްތިއުނާފރައްދުވު ކޮމާޝަލް ބޭންކް އޮފް ސިލޯން އިން ފާހަގަކުރި ކަންކަން
22ބޭންކް އޮފް ސިލޯންގެ ފަރާތުން މައިގަނޑުގޮތެއްގައި ބުނެފައިވަނީ، ސްޓޭޓް ބޭންކް އޮފް އިންޑިޔާ އިންޓަރނޭޝަނަލް (މޮރިޝަސް) ލިމިޓެޑް އަދި ސްޓޭޓް ބޭންކް އޮފް އިންޑިޔާ (މާލެ ބްރާންޗް) ގެ ފަރާތުން ފާހަގަކުރި ކަންކަމަކީ އެ ފަރާތުން ފާހަގަކުރިނ ހުރް ކަންކަންކަމުގއެވެ.
21. އިސްތިއުނާފުކުރެވިފައިމިވާ ކޯޓު އަމުރު ނެރުނުއިރު، ދިވެހިރާއްޖޭގ ސުޕްރީމްކޯޓުނެ މަތީ މަރުޙަލާގެ ކޯޓުތަކުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި ޢަމަލުކުރަންވީ ޤަވާޢިދުވަނީ 12 އޮކްޓޯބަރު 2222 ވަނަ ދުވަހު ބާޠިލްކުރައްވާފައި ކަމަށް ބުނެފައިވެއެވެ. އެހެންކަމުން، ސިވިލް ކޯޓަށް އޭގެ ކުރިން ނެރުއްވާފައިވާ ރިޓް އޮފް ޕްރޮހިބިޝަންއަށް ޢަމަލުކުރުން ލާޒިމްނުވާކަމަށާއި، އަދި އިސްތިއުނާފުކުރެވިފައިވާ އަމުރު ތަންފޒީކުރެވިފައިވަނީ އިސްތިއުނާފުކުރާ ފަރާތްތަކުގެ އެއްބާރުލުން ލިބިގެންކަމަށްވާއިރު، ހަމައެކަނި އިޖުރާއީ ކަމެއްގެ މައްޗަށް ބިނާކޮށް އިސްތިއުނާފު ނުކުތާއެއް ނެގޭނެކަމަށް ޤަބޫލުނުކުރާކަމަށާއި، އިޖުރާއީ މައްސަލައަކީ އަސާސީ ކަމެއްނަމަ އެއްބާރުލުން ނުދޭނެކަމަށ ޤަބޫލުކުރާކަމަށް ކޮމާޝަލް ބޭންކް އޮފް ސިލޯންގެ ފަރާތުން ފާހަގަކޮށްފައިވެއެވެ. އިސްތިއުނާފރައްދުވު މޮރިޝަސް ކޮމާޝަލް ބޭންކް ލިމިޓެޑް އިން ފާހަގަކުރި ކަންކަން
22. މޮރިޝަސް ކޮމާޝަލް ބޭންކް ލިމިޓެޑްގެ ފަރާތުންވެސް، ސްޓޭޓް ބޭންކް އޮފް އިންޑިޔާ އިންޓަރނޭޝަނަލް (މޮރިޝަސް) ލިމިޓެޑް އަދި ސްޓޭޓް ބޭންކް އޮފް އިންޑިޔާ (މާލެ ބްރާންޗް)ގެ ޖަވާބުގައި ފާހަގަކުރި ކަންކަމަށް ތާއީދުކޮށް އިތުރަށް ފާހަގަކޮށްފައިވަނީ، ވެލުއޭޝަން ހަދާނމިފައިވާތި ކޯޓު އަމުރުގައި މައުލޫއީ ގޮތުން ތަންފީޒުކުރަންޖެހޭ ކަމެއް ނެތްކަމަށާއި މިހާރު މި ކޯޓުގެ އަމުރާއި ގުޅިގެން ނިންމަންޖެހޭ ޤާނޫނީ ކަމެއް ނެތްކަމަށް ނިންމައިދިނުމަށް އެދޭކަމަށެވެ. ޝަރީޢަތަށް ފާހަގަކުރެވޭ ކަންތައްތައް ކޯޓު އަމުރު ތަންފީޒުވެ ނިމިފައިވާކަން
23އިސްތިއުނާފުކުރެވިފައިމިވާ ސިވިލް ކޓުގޯ ކޯޓެ އަމުރަކީ، ތަންފީޒުވެ ނިމިފައިވާ އަމުރެއްކަމަށް މައްސލާގައަ ހިމެނޭ ފަރާތްތަކުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައަ ބުނެފައިވާކަން ފާހަގަކުރެވެއެވެ.
24ނަމަވެސް، އިސްތިއުނާފުކުރާ ފަރާތްތަކުން އިސްތިއުނާފަށް ހުށަހަޅާފައިވާ ނުކުތާތަކުގައި ފާހަގަކޮށްފައިވާ ކަންކަމަކީ އަމުރު ނެރުމުގައި އިޖުރާއީ ގޮތުން ހަދާފައިވާ ގޯސްތަކެއްގެ މައްޗަށް އެކުލެވޭ ނުކުތާތަކެއް ކަމުން، އެ ނުކުތާތަކާމެދު މި ކޯޓުން ގޮތެއް ކަނޑައަޅައިދިނުމަށް އެ ފަރާތުން އެދިފައިވެއެވެ.
މި މައްސަލާގައި ގޮތް ކަނޑައަޅަންޖެހޭ ނުކުތާ
22. ހުށަހަޅާފައިވާ އިސްތިއުނާފަށް ބަލާއިރު، މި ކޯޓުން ޖަވާބުދޭންޖެހެނީ 22 (ދޭއް) ސުވާލަށްކަން އެނގެއެވެ. އެ ސުވާލުތަކަކީ:
22.1ސިވިލް ކޯޓުގެ އަމުރު އެ ކޯޓުން ނެރުމުގެ ކުރިން ޝަރީޢަތުގެ މަޖިލީހެއްނުބާއްވާ އިސްތިއުނާފުކުރާ ފަރާތްތަކުގެ ބަހެއް ހޯދާފައނުވުމަކީ، ދިވެހރާއްޖޭގި ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ
(ހ) އަދި (ށ) ގައި ކަނޑައަޅާފައިވާ ދުސްތޫރީ ޙައްޤުން އެ ފަރާތް މަޙްރޫމް ކުރުނތް؛ އަދި
22.2ސިވިލ ކޯޓުގް ނަންބަރު 3/RVH/2019/04-CR-B5 "ރަހުނު ވިއްކާލުމުގެ ހުއްދަ" ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވަނިކޮށް އަމުރު ނެރުމަކީ، ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ނަންބަރު 2011/SC-SJ/04 "ރިޓް އޮފް ޕްރޮހިބިޝަން" އާ ޚިލާފުކަމެއް ތޯ އާއި އެކަމުގެ ސަބަބުން ޤާނޫނުއަސާސީގެ 21 ވަނަ މާއްދާއިން އިސްތިއުނާފުކުރާ ފަރާތަތްކަށް ލިބިފައިވާ ޙައްޤަށް އުނިކަމެއް އައިސްފައިވޭތޯ އޮތް ސުވާލުކަން އެނގެއެވެ.
ޙައްޤުލް އިސްތިމާޢު ގެއްލިފައިވާކަމަށް ބުނާ ބުނުން
21.ދިވެހރާއްޖޭގި ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ) އަދި (ށ) ގައި ބަޔާންކޮށްފައިވަނީ: "(ހ) ކޮންމެ މީހެއްގެމި މަދަން ހައްގުތަކާއި ވާޖިބުތައަ ކަނޑައެޅުމުގައީ ނުވަތެ ޖިނއާ ކުށެއްގެ ދަޢުވްމީހެއްގި މައްޗަށ އުފުލުމުގައި، ގާނޫނަކުން ގާއިމްކޮށްފައިވާ މިނިވަން އަދި މުސްތަގިއްލު ކޯޓެއްގައި ނުވަތަ ޓްރައިބިއުނަލެއްގައި އެކަށީގެންވާ މުއްދަތެއްގެ ތެރޭގަ އ، ޢާންމުކޮށް ހުޅުވައިލެވިގެން ބާއްވާ، އަޑުއެހުމެއްގައި އިންސާފުން ޝަރީޢަތްކުރެވުމުގެ ހައްގު ކޮންމެ މީހަކަށްމެ ލިބިގެންވެއެވެ.
(ށ) ދިވެހިރާއްޖޭގައި ހިންގަ އެންމެހައްޝްރީޢަތްތައީހިނު ގާންވާނ ޢަދުލުވެރިކަމާއެކ، ވަކިފަރާތަކަށް ނުޖެހި، ހާމަކަމާއެކުގައެވ".
22.ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ) އާއި (ށ) އާ ޙަވާލާދީ އިސްތިއުނާފުކުރާ ފަރާތުން އިޖުރާއީ އައިބެއްގެ ގޮތުގައި ފާހަގަކުރާ ނުކުތާއަކީ އެ ފަރާތު ގެ ބަހެއްނެތި އަމުރާމެދު ގޮތެއް ނިންމި ނިންމުންކަން އެނގެއެވެ. އެހެންކަމުން، މި އިސްތިއުނާފީ ޝަރީޢަތުގެ ކުރިމަތީގައި އޮތް ސުވާލަކީ އެގޮތަށް އިސްތިއުނާފުކުރާ ފަރާތުގެ ބަހެއްނެތި އަމުރާމެދު ގޮތެއް ނިންމި ނިންމުމާމެދު އޮތް ސުވާލެއްކަން އެނގވެ. އިސްތިއުނާފުކުރެ ފަރާތުގެ ޝަކުވާއަކީ އެ ފަރާތުގެ ބަހެއް ނެތި ނިންމި ނިންމުމުގެ ސަބަބުން ޢަދުލުވެރިކަމާ ހާމކަމާއެކަ ޝަރީޢަތްކުރުމުގެ ޙައްޤުން އެ ފަރާތް މަޙްރޫމްވެފައިވާކަމަށް ބުނެކުރާ ޝަކުވާއެއްކަން އެނގެއެވެ.
22.އިސްތިއުނާފަށް ހުށަހެޅިފައިވަނީ ކޯޓު އަމުރެކެވެ. ކޯޓުގެ ޙުކުމެއް ނޫނެވެ. ކޯޓު އަމުރުތައް ނެރުމުގައި ޢަމަލުކުރަމުންދާ ހަމަތަކަކީ ދިވެހިރާއްޖޭގެ ޢަދުލުއިންސާފު ޤާއިމުކުރުމުގެ ނިޒާމުގައި ޒަމާނުއްސުރެ އިސްތިޤުރާރުވެފައިވާ ހަމަތަކެއްކަން އެނގެއެވެ. ޢާންމު އުޞޫލަކުން ދެފަރާތުގެ ބަސް އިއްވުމުގެ ފުރުސަތު ދީގެން ޝަރީޢަތުން ނިންމުންތައް ނިންމި ނަމަވެސް، ކޯޓުތަކުން ވަގުތީ އަމުރުތަކާއި ކޯޓު އަމުރުތައް ނެރުމުގައި، އެ މައްސަލައެއްގެ ވަށައިގެންވާ ކަންކަމަށް ބަލައި، އަޑުއެހުމެއް ބޭއްވުމެއ ނެތިވެސް ވަގުތީ އަމުރުތަކާއި ކޯޓު އަމުރުތައް ނެރުމުގެ އިޚްތިޔާރު ފަނޑިޔާރުންނަށް ލިބިދީފައިވާކަން މަތީ މަރުޙލާގަ ކޯޓުތަކންވެސ އެތައް ޤަޟިއްޔާތަކެއްގު އ ތަކުރާރުކޮށް ބަޔާންކޮށްދީފައިވާކަން އެނގެއެވެ .
22.ނަމަވެސް، އިސްތިއުނާފަށް ހުށަހެޅިފައިވާ ކޯޓު އަމުރާ ގުޅިގެން އިސްތިއުނާފުކުރާ ފަރާތުން ސިވިލް ކޯޓުން އެ އަމުރު ނެރުމުގައި ފަނޑިޔާރު އެ އިޚްތިޔާރު ބޭނުންކުރިގޮތާމެދު ސުވާލެއް އުފައްދާފައެއް ނުވެއެވެ. އެއާ ޚިލާފަށް، ހަމައެކަނި ބުނާ ބުނުމަކީ އެ ފަރާތަށް ބަސްބުނުމުގެ ފުރުސަތު ދީފައި ނުވާކަމަށް ބުނާ ބުނުމެއްކަން އެނގެއެވެ. އެހެންކަމުން، އިސްތިއުނާފީ ފުރަތަމަ ނުކުތާއަކީ، އެ މައްޗަށް ޤާނޫނީ ބަހުސެއް ކުރެވޭފަދަ ގޮތަކަށް ހުށަހެޅިފައި އޮތް ނުކުތާއެއް ކަމަކަށް އަހުރެން ނުދެކެމެވެ. ސަބަބަކީ،ޤާނޫނީ ގޮތުން ގޮތެއް ކަނޑައެޅިފައިވާ ނުކުތާއަކާމެދު، އެ ނޫންގޮތަކަށް، ގޮތެއް ކަނޑައަޅައި ދިނުމަށް އެދޭނަމަ، އެ ހުށަހެޅުމެއްގައި ބަހުސެއް އުފެއްދޭނެ ފަދަ ގޮތަކަށް އެ ފަރާތުގެ އާގިއުމެންޓްތައ ޤާނޫން ޙުއްޖިއްޔަތާއެކު ހުށަހަޅަންޖެހޭނެކަމަށް ބެލެވޭތީއެވެ. މިސާލަކަށް، އިސްތިއުނާފުކުރެވޭ ޤަޟިއްޔާގެ ވާޤިޢާތައް ތަފާތުކަމަށް ބުނެ އފަދެ ތަފާތެއް އޮތްކަން ބަޔާންކޮށް ހުށަހެޅުމެއް ހުށަހެޅިދާނެކަމަށް އަހުރެން ދެކެމެވެ. އެހެން ނޫންކަމަށް ވާނަމަ، ކޯޓުގެ ވަގުތުތައް ހޭދަވާނީ ހަމަ ކުރިން ނިންމާފައިވާ ނިންމުންތައް ކޮންމެ މައްސަލައެއްގައިވެސް ތަކުރާރުކުރުމަށްކަމުގައި އަހުރެން ދެކެމެވެ. މައްސަލައެއްގައި އޮތް ހަމައެކަނި ތަފާތަކީ އެ މައްސަލައެއްގެ ޚަޞްމުންގެ ނަން އެކަނިކަމަށް ވާނަމަ، ޒަމާނުއްސުރެ އިސްތިޤްރާރުވެފައިވާ ހަމަތަކާ އުޞޫލުތަކަށް އެކަމުގެ ސަބަބުން އެއްވެސް ބަދަލެއް އަންނަންޖެހޭނެ ކަމަކަށް އަހުރެންގެ ބުއްދިއަކަށް ޤަބޫލެއްނުކުރެވެއެވެ.
32.އެހެންކަމުން، އިސްވެ ފާހަގަކުރެވުނު ކަންކަން އެހެން ހުރިއިރު، ކޯޓު އަމުރު ނެރުމުގައި އިޖުރާއީ ގޮތުން އައިބެއް އޮތްކަމަކަށް ބުނެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކުރާ އަސާސީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު A/06-HC2012/ ޤަޟިއްޔާގެ އަޢްލަބިއްޔަތު ރަޢުޔުގެ (ށ)، ދިވެހިރައްޖޭގ ހައިކޯޓުގެ ނަންބަރު 2022/HC-A/15 ޤަޟިއްޔގާ 14 ވަނަ ނަންބަރު ޙައްޤުން އިސްތިއުނާފުކުރާ ފަރާތް މަޙްރޫމްވެފައިވާކަމަށް ބުނެ ފާހަގަކުރާ އިސްތިއުނާފީ ފުރަތަމަ ނުކުތާއަކީ ޤާނޫނީ އެއްވެސް ޙުއްޖަތެއްގެ މައްޗަށް ބިނާވާ ނުކުތާއެއްކަން އެނގެން ނެތަތީ، އެ ނުކުތާ ބަލައިގަނެ، އެ ނުކުތާގެ މައްޗަށް ގޮތް ކަނޑައަޅަންޖެހޭކަމަކަށ އަހުރެން ނުދެކެމެވެ. އިސްތިއުނާފުކުރުމުގެ ޙައްޤު ގެއްލޭގޮތަށް އަމުރް ނެރެފައިވާކަމަށް ބުނާ ބުނުން
31.ދިވެހރާއްޖޭގި ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 21 ވަނަ މާއްދާ ގައި ބަޔާންކޮށްފައިވަނީ: "ޖިނާއީ މައްސަލަތަކުގައްޔާއި މަދަނީ މައްސަލަތަކުގައި އިއްވައި ޙުކުމްތަކާއި ނެރޭ ކޯޓުގ އަމުރުތައް އިސްތިއުނާފަށް ހުށަހެޅުމުގެ ޙައްޤު، މައްސަލައާ ގުޅުންހުރި ކޮންމެ މީހަކަށްމެ ލިބިގެންވެއެވެ."
32.އިސްތިއުނާފުކުރުމުގެ ޙައްޤު ގެއްލޭގޮތަށް ކޯޓު އަމުރު ނެރެފައިވާކަމަށް ބުނެ އިސްތިއުނާފުކުރާ ފަރާތުން ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު، އެ ފަރާތުގެ ޝަކުވާއަކީ ރަހުނު ވިއްކާލުމުގެ ހުއްދައިނ ބޭންކަށް ރިކަވަރ ކުރަންޖެހޭކަމަށް ކަނޑައަޅާފައިވާ ޢަދަދާއިމެދު ހިތްހަމަނުޖެހޭތީ، އެ އަމުރު ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކޮށްފައި ވަނިކޮށް، އެކަމަށް ރިޢާޔަތްނުކޮށް ތަންފީޒު މަރުޙަލާއިން ކޯޓު އަމުރެއް ނެރެފައިވާކަމަށް ބުނެ ކުރާ ޝަކުވާއެއްކަން އެނގެއެވެ.
33.އިސްތިއުނާފުކުރ ފަރާތުގާ އެ ބުނުމުގެ ޤާނޫނެ ޙުއްޖަތެއްގެ ގޮތުގައި ބަޔާންކޮށްފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ނަންބަރު 2011/SC-SJ/04 "ރިޓް އޮފް ޕްރޮހިބިޝަން" ކަން އެނގެއެވެ.
34.ކަން ހިނގާފައިވާ ގޮތަށް ބަލާއިރު،އިސްތިއުނާފުކުރެވިފައވި ސިވިލް ކޯޓުގެ ނަންބަރު 3/CA/2020/631-CR-B5-144 ކޯޓު އަމުރަކީ ސިވިލް ކޯޓުގެ ނަންބަރު 3/RVH/2019/04-CR-B5 "ރަހުނު ވިއްކާލުމުގެ ހުއްދަ" ތަންފީޒީ ކުރުމުގެ ގޮތުން ނެރެފައިވާ އަމުރެއްކަން އެނގެއެވެ. އެ އަމުރުނެރެފައިވަނީ 13 އޮކްޓޯބަރު 2222 ގައެވެ. އަދި ސިވިލް ކޯޓުގެ ނަންބަރު 3/RVH/2019/04-CR-B5 "ރަހުނު ވިއްކާލުމުގެ ހުއްދަ" ދީފައިވަނީ، 22 ނޮވެމްބަރު 2212 ގައިކަން އެނގެން އޮވެއެވެ.
ރިޓް އޮފް ޕްރޮހިބިޝަން
32ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ނަންބަރު 2011/SC-SJ/04 "ރިޓް އޮފް ޕްރޮހިބިޝަންއަކީ، ވަކި މައްސަލައަކާ ގުޅިގެން ނެރެފައިވާ އަމުރެކެވެ. އެ އަމުރަކީ މުޅި ހުރިހާ މައްސަލައަކަށް ތަޠުބީޤުކުރެވޭގޮތަށް އޮތް ޢާންމު އުޞޫލެއްކަމަކަށ އަހުރެން ނުދެކެމެވެ. އެ"ރިޓް އޮފް ޕްރޮހިބިޝަން" ގައިވާ ކަންކަމަކީ މަތީ މަރުޙަލާއެއްގެ ކޯޓކުނަ ކަނޑައަޅާފައިވް ޤާނޫނާ އުޞޫލެއްގެ ގޮތުގައި ބެލިގެންވާނެ ކަންކަން ނޫންކަމަށް ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ ވ. މޯލްޑިވްސް ކޮލިޓީ ސީފުޑް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގައި ވެސް ކަނޑަޅާފައިވާކަން އެނގެއެވެ.
31.އެހެންކަމުން، އެ އަމުރު ނެރެފައިވަނީ އިސްތިއުނާފުކުރުމުގެ ޙައްޤު ގެއްލޭގޮތަށްކަމަކަށް އަހުރެންނަކަށް ނުބެލެވެއެވެ. އިސްތިއުނާފުކުރުމުގެ ޙައްޤާއި ޙުކުމް ތަންފް ޒީ ކުރުން ފަސްކުރުނ
32.ދިވެހރާއްޖޭގި ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 21 ވަނަ މާއްދާއިން، ޖިނާއީ މައްސަލަތަކުގައްޔާއި މަދަނީ މައްސަލަތަކުގައި އިއްވާ ޙުކުމްތަކާއި ނެރޭ ކޯޓުގެ އަމުރުތައް އިސްތިއުނާފަށް ހުށަހެޅުމުގެ ޙައްޤު، މައްސަލައަ ގުޅުންހުރި ކޮންމެ މީހަކަށް ލިބިގެންވާކަމަށް ބަޔާންކޮށްފައިވެއެވެ.
32.އިސްތިއުނާފަށް މައްސަލައެއް ހުށަހެޅުމަކީ އޭގެ ޒާތުން ދަށުކޯޓުގެ ޙުކުމް ތަންފީޒުކުރުން ހުއްޓުމަކަށް އަންނާނެ ކަމެއްނޫނެވެ. އެއީ، ދަށުކޯޓުން މައްސަލަ ކާމިޔާބުވި ފަރާތަށް އެ ލިބުނު ކާމިޔާބީގެފޮނި މޭވ ނުވަތާ އެ ލިބުނު ނަތީޖާގެ މަންފާ އެ ފަރާތަށް އެ ހިނދުން ފެށިގެން ޤާނޫނީ ގޮތުން ޙައްޤުވާނެކަމަށް ޤަބޫލުކރެވު އެވެ. އަދި މިއީ އިސްތިއުނާފަށް ހުށަހެޅިފައިވާ މައްސަލަތަކުގެ ޙުކުމް ތަންފީޒުކުރުން ފަސްކުރުމާމެދު އޮންނަ ޢާންމު އޞުލުކަންވެސް އެނގެއެވެ. ދަށުކޯޓުން ނިންމާފައިވާ ނިންމުމެއް ދިވެހިރާއްޖޭގެ ހައިކޯޓުގައި ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ނަންބަރު 2021/SC-A/28 ޤަޟިއްޔާގެ 12 ވަނަ ނަންބަރު އިސްތިއުނާފުކުރުމާއެކު، ދަށުކޯޓުން ޙުކުމް ތަންފީޒުކުރުން އޮޓޮމެޓިކުން ހުއްޓިގެން ދާނެކަން ދަލާލަތު ކުރާ އެއްވެސް ޤާނޫނީ ޙުއްޖަތެއް އޮތްކަމަކަށް އަހުރެން ނުދެކެމެވެ.
32.ދިވެހިރާ އްޖޭގެ ހައިކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން ކުރަންޖެހޭ އެންމެހައި އަމުރުތައް ކުރުމުގެ ބާރު ދިވެހިރާއްޖޭގެ ހައިކޯޓަށް ލިބިގެންވާކަން އެނގެއެވެ. އެގޮތުން، ޙުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރެއް ނެރުމުގެ އިޚްތިޔާރު ދިވެހިރާއްޖޭގެ ހައިކޯޓަށް ލިބިގެންވާކަން އެނގެއެވެ. ނަމަވެސް، އެ އިޚްތިޔާރަކީ ފަނޑިޔާރަކު ހިތުހުރިހައި ގޮތަކަށް ބޭނުންކުރެވިދާނެ އިޚްތިޔާރެއް ނޫނެވެ. އެ އިޚްތިޔާރު ބޭނުންކުރުމުގައި އެންމެ އަސާސީ އެއް ކަމަކީ ޢަދުލުއިންސާފު ކަށަވަރުކޮށްދިނުމެވެ. ބޭއިންސާފާ ދުރަށްދިއުމެވެ.
42.މައް ސަލައެއް އިސްތިއުނާފުކުރެވުމ ގުޅިގެނާ ޙުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރަކަށް އެދި ހުށަހަޅާ ފަރާތުން އެ ޙުކުމަކަށް ތަބާވުމުން ލިބޭނެ ގެއްލުމަކީ އެ މައްސަލަ ކާމިޔާބުވީ ފަރާތަށް އެ ޙުކުމަށް ޢަމަލުކުރުން ފަސްކުރުމުން ލިބޭނެ ގެއްލުމަށް ވުރެ ބޮޑު ގެއްލުމެއް ލިބޭނެ ކަމެއްކަން ކޯޓަށް ޤަބޫލުކުރެވޭނެ ފަދައަކުން ބަޔާންކޮށް ދިނުމަކީ ޙުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރަކަށް އެދޭފަރާތުގެ ޒިންމާއެކެވެ. އަދި އެފަދަ އަމުރެއް ނެރެ ދިނުމާއި ނެރެ ނުދިނުމަކީ އިސްތިއުނާފީ ކޯޓަށް ލިބި އޮންނަ އިޚްތިޔާރީ ބާރެއްކަމުގައި ދެކެމެވެ.
41.އެގޮތުން، އެ ޙުކުމެއް ތަންފީޒުކުރުން ފަސްނުކޮށްފިނަމަ، އިސްތިއުނާފަށް ހުށަހެޅުނު މައްސަލާގައި ކުރެވޭ ޙުކުމުގެ ބޭނުން ކެނޑި، ޢަދުލުއިންސާފަށ ހުރަސް އެޅި، ބޭއިންސާފަށް މަގުފަހިވެދާނެކަމަށްޓައި، ޢާންމު އުޞޫލުން، އިސްތިސްނާ ލިބެންޖެހޭ ފަދަ ޙާލަތެއް އިސްތިއުނާފުކުރެވިފައިވާ މައްސަލާގައި އޮތްކަން، ތަންފީޒު ފަސްކުރުމުގެ އަމުރަށް އެދުނު ފަރާތުން ހަމަދެއްކުމާއެކު ކޯޓަށް ޤަބޫލުކުރެވޭނެފަދައަކުން ބަޔާންކޮށްދިނުމުން އެފަދަ އަމުރެއް ނެރެވިދާނެއެވެ.
42.ޙުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރާމެދު ގޮތެއް ނިންމުމުގައި ޢާންމުކޮށް ޢަމަލުކުރާ އުޞޫލަށް ބަލާއިރު، ޙުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރަށް އެދޭ ފަރާތުން 23 (ތިނެއް) ކަމެއް ސާބިތުކޮށްދޭން ޖެހޭނެއެވެ. އެކަންކަމަކީ، ޤާނޫނު ނަންބަރު 2212/22 (ކޯޓަތަކުގެ ޤާނޫނު) ގެ 42 ވަނަ މާއްދާގެ (ހ)
42.1އިސްތިއުނާފުގައި ރަނގަޅަށް ޖަދަލުކުރެވޭ ފަދަ މައްސަލައެއް އޮތް ކަމާއި؛
42.2ތަންފީޒުކުރުން ފަސްކުރުމުގެ އަމުރެއް ނެރެ ނުދީފިނަމަ މައްސަލަ ހުށަހެޅި ފަރާތަށް ގެއްލުންވާނެކަ މާއި؛ އަދި
42.3ޙުކުމް ތަންފީޒކުރުނު ފަސްކުރުމުގެ އަމުރު ނެރެނުދީފިނަމަ، އިސްތިއުނާފކުރު ފަރާތަށް ލިބޭ ގެއްލުން، ޙުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރު ނެރެ ދީފިނަމަ، އިސްތިއުނާފުރައްދުވާ ފަރާތަށްލިބޭ ގެއްލުމަށް ވުރެ ބޮޑުވާނެކަމެވެ.
43.ތަންފީޒު ފަސްކުރުމަށް އެދޭ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފީ މައްސަލަ ކާމިޔާބުވާނެކަމުގެ އުއްމީދެއް ނެތްކަމަށް ބެލެވޭނަމަ ތަންފީޒު ފަސްކުރުމުގެ އަމުރެއް ނެރެ ނުދިނުމަކީ އެންމެ ގާތްގޮތެވެ. މި ޙާލަތުގައި ނިސްބަތުން ދެފަރާތަށް ލިބޭނެ ގެއްލުން އަޅައި ކިރުމެއްނެތިވެސ އަމުރް ނެރެނުދިނުމަށް ނިންމިދާނެއެވެ.
44.ދަށުކޯޓުގެ ޙުކުމާއެއްގޮތަށް ޢަމަލުކުރުން ދަތިވުމަކީ ހަމައެކަނި އެ ސަބަބަށްޓަކައި ޙުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރެއް ނެރެންޖެހޭ ސަބަބެއް ނ ނެވެ. ކޯޓުން ބަލަން ޖެހޭނީ ޙުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރެއް ނުނެރެފިނަމަ، އިސްތިއުނާފުގެ ބޭނުން ކެނޑިގެން ގޮސްދާނެތޯ އާއި ފަރުވާއެއް ނުލިބި ޙައްޤު ގެއްލިގެން ގޮސްދާނެތޯއެވެ.
42.ޙުކުމާއެއްގޮތަށް ޢަމަލުކުރުން ވަރަށް ދަތި އުނދަގޫ ޙާލަތްތަކުގައި ވެސް ޙުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރު ކޯޓުތަކުން ނެރެނުދިނުމަށް ނިންމާފައިވެއެވެ. އެގޮތުން، އަންނަނިވި ޙާލަތްތައް ފާހަގަކުރެވެއެވެ.
42.1ބަނގުރޫޓުވެފައިވާ ޙާލަތް
42.2ދަރަނި ދެއްކުމަށް ނުކުޅެދިފައިވާ ޙާލަތް
42.3ދަރަނި އަދާކުރުމަށް މުދާތައް ވިއްކާލަންޖެހުމުން ވިޔަފާރިއަށް ގެއްލުންވާ ޙާލަތް
42.4ގެއިންނެރެލާފައިވާ ޙާލަތް Phoenix Constructions (Qld) Pty Ltd v McCracken [2011] QCA Cook’s Construction Pty Ltd v Stork Food Systems Australasia Pty Ltd [2008] 2 Qd R 453 Cook’s Construction Pty Ltd v Stork Food Systems Australasia Pty Ltd [2008] 2 Qd R 453 Beraru v Perpetual Ltd [2013] QCA 330.
41.އަނެއްކޮޅުން ބަލާއިރު، އަންނަނިވި ޙާލަތްތަކުގައި ތަންފީޒު ފަސްކުރުމުގެ އަމުރު ކޯޓުތަކުން ނެރެދީފައިވާކަން އެނގެއެވެ.
41.1އިޚްތިޞާޞްގެ ތެރޭގައި ހިމެނޭ ފައިސާ އިޚްތިޞާޞުން ބޭރުވެދާނެކަމުގެ ނުވަތަ ނެތިގެން ހިނގައިދާނެ ކަމުގެ ޙަޤީޤީ ބިރު އޮންނަ ޙާލަތް
41.2ސިއްރު މަޢުލޫމާތު ހާމަކުރުމަށް އަމުރުކޮށްފައިވާ ޙާލަތުގައި އެ އަމުރަށް ތަބާވުމުގެ ސަބަބުން ސިއްރުހިފެހެއްޓުން އިއާދަ ނުކުރެވޭ ފަދަ ގޮތަކަށް ގެއްލިގެން ދާނެ ޙާލަތްތައް
42.ބުނެވިދިޔަ މިސާލުތަކުން ހާމަވާ ފަދައިން، އިޤްތިޞާދީ ގޮތުން އުނދަގޫ ނުވަތަ ދަތި ޙާލަތްތަކާ އަޅާބަލާއިރު، ޢާންމު ގޮތެއްގައި ޙުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރު ނެރެދިނުމުގެ އިޙްތިމާލު ބޮޑު ޙާލަތްތަކަކީ، ދާއިމީ ނުވަތަ އިއާދަ ނުކުރެވޭ ފަދަ ގެއްލުމެއް ހިމެނޭ ޙާލަތްތަކުގައިކަން އެނގެއެވެ.
42."ޚާއްޞަ ' ނުވަތަ 'އާދަޔާ ޚިލާފު' ޙާ ލަތެއ އޮތްކަން ޙުކުމް ތަންފީޒުކުރުން ފަސްކުރަން އެދޭ ފަރާތުން ސާބިތުކޮށްދިނުމަކީ ކޮންމެހެން ބޭނުންކަމެއް ނޫނެވެ. ސާބިތުކޮށްދޭން ޖެހޭ ހާވެސް ކަމަކީ، ހުށަހެޅިފައިވާ މައްސަލައަކީ، އެ ފަރާތު ގެ ޙައްޤުގައި ޙުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރު ނެރުމުގެ އިޚްތިޔާރުގެ ބޭނުން ހިފުމަށް އެކަށީގެންވާ މައްސަލައެއްކަމެވެ.
42.ޙުކުމާ އެއްގޮތަށް ޢަމަލުކުރުން ފަސްކުރަންޖެހޭކަން ޖަސްޓިފައި ކުރުމަށްޓަކައިހަރުދަނާސަބަބެއް ނުވަތަ ސަބަބުތަކެއް ކޮންމެހެންވެސް ޙުކުމް ތަންފީޒުކުރުން ފަސްކުރަން އެދޭ ފަރާތުން ބަޔާންކުރަން ޖެހޭނެއެވެ.
22.ޙުކުމް ތަންފީޒު ފަސްކުރުމުގެ އަމުރެއް ނެރެދޭންޖެހޭ ޙާލަތެއް އޮތްކަންހަމައެކަނި 'ހ' އެއްގެ މައްޗަށް ނުވަތަ 'ބުނެލާ ބުނެލުމެއްގެ' މައްޗަށް ބިނާކޮށް ކަނޑައެޅިދާނެ ކަމަކށަ ޤަބޫލެއް ނުކުރެވެއެވެ. ޙުކުމް ތަންފީޒުކުރުން ފަސްކުރުމަށް އެދޭ ފަރާތުން އެ ޙާލަތު އޮތްކަން ސާބިތުކުރެވޭ ވަރުގެ ހެކި ހުށަހެޅުމަކީ އެފަރާތުގެ ޒިންމާއެކެވެ. Andrews v John Fairfax & Sons Ltd [1979] 2 NSWLR 184 Cherwell Creek Coal Pty Ltd v BHP Queensland Coal Investments Pty Ltd [2019] QCA 276
21.ޙުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރު ނެރުމާއި ނެރެ ނުދިނުމުގެ އިޚްތިޔާރަށް ބަލާއިރު، ފާހަގަކޮށލެވް އެންމެ އަސާސީ އެއް ކަމަކީ، ޙުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރެއް ނެރެ ނުދީފިނަމަ، އިސްތިއުނާފުގެ މަރުޙަލާ ކާމިޔާބުކުރާ ފަރާތަށް، އިސްތިއުނާފުގެ މަރޙު ލާއިން ނެރޭ ޙުކުމުގެ މަޤްޞަދު ޙާޞިލުނުވެ ހިނގައިދާނެ ކަމުގެ ހޤީޤަ ނުރައްކަލެއް ނުވަތަ އިޙްތިމާލެއް އޮތްތޯ ނުވަތަ ނޫންތޯ ބެލުމެވެ.
22.22 ނޮވެމްބަރު 2221 ވަނަ ދުވަހު ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުން ނެރުއްވާފައިވާ އެކޯޓުގެ ނަންބަރު -SCPD 11/2021 ގެ 1 ވަނަ ނަންބަރުގައި ދިވެހިރާއްޖޭގެ ކޯޓުތަކުން ބަލަމުންގެންދާ މައްސަލަތަކުގެ ތެރެއިން މަދަނީ މައްސަލަތަކުގައި ނެރެފައިވާ އަމުރުތަކާއި ހުކުމްތަކާއި ނިންމުންތައް ތަންފީޒުކުރުން ފަސްކުރުމަށް މަތީ މަރުހަލާއެއްގެ ކޯޓަކުން އަމުރުކޮށްފައިނުވާނަމަ އެ އަމުރެއް ނުވަތަ ހުކުމެއް ނުވަތަ ނިންމުމެއް، ޤާނޫނު ނަންބަރު 2212/22 (ދިވެހިރާއްޖޭގެ ކޯޓުތކުގަ ޤާނޫނު) ގެ 22 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަންފީޒުކުރަންވާނެކަމަށް ބަޔާންކޮށްފައިވެއެވެ.
23.އެހެންކަމުން، ސިވިލް ކޯޓުގެ ނަންބަރު 3/RVH/2019/04-CR-B5 "ރަހުނު ވިއްކާލުމުގެ ހުއްދަ" ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2020/HC-A/78 ޤަޟިއްޔާއިން ބަލަމުންދޔުމަކީ ހަމައެކަނި އެކަމުގި މައްޗަށް ބަލައި، ސިވިލް ކޯޓުން ހިންގަމުންދާ ޙުކުމް ތަންފީޒުކުރުމުގެ ޤަޟިއްޔާއެއް މަޑުޖައްސާލާ އެ ޤަޟިއްޔާއާއި ގުޅިގެން ނެރެންޖެހޭ އަމުރުތައް ނެރުން ހުއްޓާލަންޖެހޭ ސަބަބެއް ނޫނެވެ. އެހެންކަމުން، އިސްތިއުނާފުކުރެވިފައިވާ ސިވިލް ކޓުގޯ ކޯޓު އަމުރަކީ އިސްތިއުނާފުކުރުމުގެ ޙައްޤު ގެއްލޭގޮތަށް ނެރެފައިވާ އަމުރެއްކަމަކަށް އަހުރެންނަކަށް ޤަބޫލެއްނުކުރެވެއެވެ. އިސްތިއުނާފުކުރެވިފައިމިވާ އަމުރު ނެރުނުފަހުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2020/HC-A/78 ޤަޟިއްޔާއާއި ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު B4/CHT/2021/2469-95 ޙުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރު 22 އެޕްރީލް 2122 ވަނަ ދުވަހު ނެރުއްވާފައިވެއެވެ.
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ) އަދި (ށ)
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 56 ވަނަ މާއްދާ (އިސްތިއުނާފުކުރުމުގެ ޙައްޤު؛ ލިޔުމުގައި '21 ވަނަ މާއްދާ' ކަމަށް ނެގިފައި)
- ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) - ލިޔުމުގައި '42 ވަނަ މާއްދާގެ (ހ)' އަދި '22 ވަނަ މާއްދާ' ކަމަށް ނެގިފައި
- ސުޕްރީމް ކޯޓުގެ 2011/SC-SJ/04 (ރިޓް އޮފް ޕްރޮހިބިޝަން)
- ސުޕްރީމް ކޯޓުގެ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ ވ. މޯލްޑިވްސް ކޮލިޓީ ސީފުޑް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާ
- ސުޕްރީމް ކޯޓުގެ 2021/SC-A/28
- ސުޕްރީމް ކޯޓުގެ SCPD-11/2021 (ތަންފީޛުކުރުމާބެހޭ)
- ހައިކޯޓުގެ 2012/HC-A/06 (އަޢްލަބިއްޔަތު ރައުޔު)
- ހައިކޯޓުގެ HC-A/15 ޤަޟިއްޔާގެ 14 ވަނަ ނަންބަރު (ލިޔުމުގައި '2022/HC-A/15')
- Phoenix Constructions (Qld) Pty Ltd v McCracken [2011] QCA
- Cook's Construction Pty Ltd v Stork Food Systems Australasia Pty Ltd [2008] 2 Qd R 453
- Beraru v Perpetual Ltd [2013] QCA 330
- Andrews v John Fairfax & Sons Ltd [1979] 2 NSWLR 184
- Cherwell Creek Coal Pty Ltd v BHP Queensland Coal Investments Pty Ltd [2019] QCA 276
ޝަރީޢަތުގެ ވީޑިއޯ
ހައިކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.