މާހަލް ޓުއަރސް ޕްރައިވެޓް ލިމިޓެޑް އަދި 2 މީހުން ވ. މަރްޔަމް ރިޒްނީ ޢަލީ އަދި އިތުރު 6 ފަރާތެއް
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- ސިވިލް ކޯޓު B4-CR-1/VA/2021/02
- ފަހުގެ ތާރީޚު
- ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް
ކޯ ޓާމްސް
ޚުލާޞާ
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ކުންފުންޏެއްގެ ޣައިރު ޙާޟިރުގައި ވަގުތީ އަމުރު ނެރުމުގައި ކޯޓަށް މީހުން ޙާޟިރުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާޢިދުގެ އިޖުރާއަތު ފުރިހަމަކުރަންޖެހޭތޯ، އަދި ސިވިލް ކޯޓުގެ ވަގުތީ އަމުރުގައި ނިންމުމަށް ވާޞިލުވި ސަބަބު ފުދޭ މިންވަރަށް ބަޔާންކޮށްފައިވޭތޯ.
ނިންމުން
ނިންމި ގޮތް ލިޔުމުގައި ނެތް (ސަބަބު ބަޔާންނުކުރުމުގެ ނުކުތާ…ނިންމި ގޮތް ލިޔުމުގައި ނެތް (ސަބަބު ބަޔާންނުކުރުމުގެ ނުކުތާ ޤަބޫލުކޮށް، ޣައިރު ޙާޟިރުގެ ނުކުތާ ރައްދުކޮށްފައި)
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 ކޯޓަށް މީހުން ޙާޟިރުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާޢިދަށް ބަލާއިރު ޚަސްމެއްގެ ޣައިރު ޙާޟިރުގައި މައްސަލައެއް ހިންގުމުގެ ކުރިން، ކުންފުނި ފަދަ ޤާނޫނީ ޝަޚްޞުތަކަށް ޙާޟިރުވުމުގެ އަމުރު ރައްދުކުރުމާބެހޭ މާއްދާގައިވާ ކަންކަން އެ ތަރުތީބުން ކުރަންވާނެއެވެ؛ އެގޮތަށް ޢަމަލުކޮށްވެސް ޙާޟިރުނުވެއްޖެނަމަ ދެން ރުޖޫޢަވާންޖެހޭނީ އިޢުލާނާބެހޭ 28 ވަނަ މާއްދާގެ (ހ) އަށެވެ.
HN2 28 ވަނަ މާއްދާގެ (ހ) ގެ ދަށުން އިޢުލާނު ކުރަނީ ޙާޟިރުކުރަންޖެހޭ މީހާ ދީފައިވާ އެޑްރެހުގައި ނެތި ވީތަނެއް ނޭނގޭ ޙާލަތުގައެވެ؛ ވީތަނެއް ނޭނގޭ ކަމަށް ކަނޑައެޅޭނީ ކުންފުނިތަކަށް އަމުރު ރައްދުކުރުމާބެހޭ މާއްދާގައި ލިސްޓުކޮށްފައިވާ ކަންކަން ކުރުމަށްފަހުވެސް ވީތަނެއް ނޭނގޭނަމައެވެ.
HN3 ޣައިރު ޙާޟިރުގައި ނިންމާ މަދަނީ މައްސަލައެއް ހައިކޯޓަށް އިސްތިއުނާފުކުރެވުނުއިރު، ޣައިރު ޙާޟިރުގައި ޙުކުމްކުރުމުގައި އިޖުރާއީ އުނިކަމެއް ނުވަތަ ޢައިބެއް އޮތްނަމަ، ނުވަތަ އެފަދަ އުނިކަމެއް ނެތަސް ދަޢުވާލިބޭ ފަރާތަށް ކާމިޔާބުވުމުގެ އެކަށީގެންވާ ފުރުސަތަކާއި އެކަށީގެންވާ ދިފާޢެއް އޮތްނަމަ، ޙުކުމް އެއްފަރާތްކޮށް މައްސަލަ އަލުން ބެލުމަށް ދަށު ކޯޓަށް ތަޙުވީލުކުރަންވާނެއެވެ (އެޓޯލް ބޭންޑް ޤަޟިއްޔާ).
HN4 ވަގުތީ އަމުރު ނެރުމުގެ ކުރިން ފަރާތްތައް ޙާޟިރުކޮށް އަޑުއެހުމެއް ބޭއްވުމާއި ނުބޭއްވުމަކީ މައްސަލަ ބައްލަވާ ފަނޑިޔާރުގެ އިޚްތިޔާރުގައިވާ ކަމެކެވެ. ޢާންމު އުޞޫލަކީ ދެފަރާތް ޙާޟިރުކޮށް މައްސަލަ ހިންގުން ނަމަވެސް، އަވަސް ފިޔަވަޅެއް ނާޅައިފިނަމަ ފަރާތަކަށް ގެއްލުން ލިބިދާނެ ޙާލަތުގައި ޚަސްމުންގެ ޣައިރު ޙާޟިރުގައިވެސް ވަގުތީ އަމުރު ނެރުމުގެ އިޚްތިޔާރު ފަނޑިޔާރަށް ލިބިގެންވެއެވެ.
HN5 ޙާޟިރުކުރުމުގެ ޤަވާޢިދުގެ ހުރިހާ އިޖުރާއަތެއް ފުރިހަމަކުރުމަށްފަހު ވަގުތީ އަމުރު ނެރުމުން އަމުރުގެ ބޭނުން ކެނޑިގެން ދެވިދާނެތީ، ވަގުތީ އަމުރު ނެރުމުގައި އެ އިޖުރާއަތު ފުރިހަމަކުރަންޖެހޭ ކަމެއް ނޫނެވެ؛ ޣައިރު ޙާޟިރުގައި ނެރުނު ކަމުގެ ސަބަބުން ވަގުތީ އަމުރު ބާޠިލުކުރަންޖެހޭކަމެއް ނޫނެވެ.
HN6 ނިންމުމަށް ވާޞިލުވި ސަބަބު ބަޔާންކުރުމަކީ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ) ގެ އިންސާފުވެރި ޝަރީޢަތުގެ މައިގަނޑު ޢުންޞުރެކެވެ؛ މިއީ ހަމައެކަނި ޙުކުމަށް ތަޠުބީޤުވާ އުޞޫލެއް ނޫން ކަމަށްވާތީ، ވަގުތީ އަމުރާބެހޭ ނިންމުންތަކުގައިވެސް ފަނޑިޔާރު ނިންމުމަށް ވާޞިލުވި ސަބަބުތައް ތަފްޞީލުކޮށް ބަޔާންކުރަންޖެހޭނެއެވެ، އަދި އެ ސަބަބު އެނގުމަކީ ޚަސްމުންގެ ޙައްޤެކެވެ.
HN7 ވަގުތީ އަމުރުގައި ސުޕްރީމް ކޯޓުގެ ޝަރުޠުތަކަށާއި ޤަވާޢިދުގެ މާއްދާއަށް ރިޢާޔަތްކުރިކަމަށް ހަމައެކަނި ބުނުމުން ނުފުދޭނެއެވެ؛ އެ ކަންކަމަށް މައްސަލައަށް ރިޢާޔަތްކުރި ގޮތް ބުނެދީފައި ނެތްނަމަ ސަބަބުތައް އެކަށީގެންވާ މިންގަނޑަކަށް ބަޔާންކޮށްފައިވާ ކަމަށް ނުބެލެވޭނެއެވެ.
ވަކީލުންނާއި ފަނޑިޔާރުން
- ވަކީލުން
- —
- ބެންޗު
- މުޙައްމަދު ފައިޞަލް، ހާތިފް ޙިލްމީ، ޙަސަން ޝަފީޢު
- ރިޔާސަތު
- —
- ރައުޔު ލިޔުނު ފަނޑިޔާރު
- މުޙައްމަދު ފައިޞަލް · ތާއީދުކުރެއްވީ: ހާތިފް ޙިލްމީ، ޙަސަން ޝަފީޢު
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
1ޔާސިރު ޢަލީ
5 . އާމިނަތު ރަޝީދާ
6ޢާޠިފާ ޢަލީ
3މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް މައްސަލައިގެ ބާވަތް: ވަގުތީ އަމުރު މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް: ފަނޑިޔާރު މުޙައްމަދު ފައިޞަލް އިސްފަނޑިޔާރު ހާތިފް ޙިލްމީ ފަނޑިޔާރު ޙަސަން ޝަފީޢު 23 ޛުލްޙިއްޖ 3112 ނިމުނު ތާރީޚް: 22 ޖޫން 3233 23 ޖުމާދަލްއާޚިރާ 3112 ހައިކޯޓުގައި ޤަޟިއްޔާ ރަޖިސްޓްރީ ކުރެވުނު ތާރީޚް: 10 ޖަނަވަރީ 3233 އިސްތިއުނާފުކުރެވުނު މައްސަލަ: ނަންބަރު: 1/VA/2021/02-CR-B4 ނިންމި ތަން: ސިވިލް ކޯޓު ބާވަތް: ވަގުތީ އަމުރު ހުށަހެޅުނު ތާރީޚް: 31 ނޮވެމްބަރު 3233 ނިމުނު ތާރީޚް: 20 ޑިސެމްބަރު 3233 މަދަނު- ވަގުތީ އަމުރު - ކޯޓަށް މީހުން ޙާޟިރު ކުރުމުގައި ޢަމަލު ކުރާނެ ގޮތު – ކޯޓަށެ މީހުން ޙާޟިރެ ކުރުމުގައި ޢަމަލު ކުރާނެ ގޮތުގެ ޤަވާއިދުގެ 10،36 އަދި 30 ވަނަ މާއްދާ - ނިންމުމަށް ވާޞިލުވި ސަބަބު ބަޔާންކުރުން ފަނޑިޔާރު މުޙައްމަދު ފައިޞަލްގެ ރައުޔު: (މި ރައުޔަށް އިސފަނޑިޔް ރ ހާތިފް ޙިލްމީ އަދި ފަނޑިޔާރު ޙަސަން ޝަފީޢު ތާއީދުކުރައްވާފައި. ) މައްސަލައިގެ ތަޢާރަފު:
3. މިއީ، ސިވިލް ކޯޓުގެ ނަންބަރު 1/VA/2021/02-CR-B4 "ވަގުތީ އަމުރު" ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތް ނުވާކަމަށް ބުނެ އެ އަމުރު އިސްތިއުނާފު ކޮށްދިނުމަށް އެދި މާހަލް ޓުއަރސް ޕްރައިވެޓް ލިމިޓެޑް (މީގެ ފަހުން "މާހަލް ޓުއަރސް" މިފަދައިން ބަޔާންކޮށްފައި) ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ. މި ޤަޟި އްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ […] މަރްޔަމް ރިޒްނީ ޢަލ، މއ. 4 3 ތަނޑިނޫމާގެ، ޙައްވާ ރިޒްމާ ޢަލީ، […] ޢާއިޝަތު ޝިޒްނީ ޢަލީ، […] ޔާސިރު 7 6 5 ޢަލީ، […] އާމިނަތު ރަޝީދާ، […] އާޠިފާ ޢަލީ އަދި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް (ދިވެހި ދައުލަތް) އެވެ. ސިވިލް ކޯޓަށް ހުށަހެޅުން މައްސަލަ:
2. […] މަރްޔަމް ރިޒްނީ ޢަލީ، […] ގެ، ޙައްވާ ރިޒްމާ ޢަލީ، […] ޢާއިޝަތު ޝިޒްނީ ޢަލީ، […] ޔާސިރު ޢަލީ، […] ފަރިދޫ އާމިނަތު ރަޝީދާ، […] ރެޖިސްޓްރީ ނަންބަރު 0498/1979-C އާޠިފާ ޢަލީގެ ޙިއްސާ އޮންނަ މާހަލް ޓުއަރްސްގ ޙިއްޞާ އެކުންފުނީގެ ހިންގާ ޤަވާއިދާއި ޤާނޫނު ނަންބަރ 10/96 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު) އާ ޚިލާފަށް ބަދަލުކޮށްފައިވާތީ، ކުންފުނީގެ ޙިއްޞާ ބަދަލުކުރި ކުރުން ބާޠިލް ކަމަށް ކަނޑައަޅުއްވައި ދެއްވައި ކުންފުނީގެ ޙިއްޞާ އޮނިގަނޑު ކުންފުނީގެ އަސާސީ ޤަވާޢިދާއި، ހިންގާ ޤަވާއިދު ރަޖިސްޓްރީ ކުރެވުނު ތާރީޚު ކަމަށްވާ 33 މޭ 3300 ގައި އެކަށައަޅާފައިވާ ގޮތަށް ރުޖޫޢަކުރުމަށް މާހަލް ޓުއރސްގަ އިތުރުން ދައުލަތުގެ ކަމާބެހޭ އިދާރަތަކަށް އަންގާ އަމުރުކޮށްދެއްވުން އެދި ސިވިލް ކޯޓަށް ހުށަހެޅިއެވެ . ސިވިލް ކޯޓުން މައްސަލަ ނިންމިގޮތް:
2. ސިވިލް ކޯޓުގެ ނަންބަރު 1/VA/2021/02-CR-B4 "ވަގުތީ އަމުރު" އިން ނިންމާފައިވަނީ: "ދެންފަހެ، އިސްވެ ބަޔާންވެ ދިޔަގޮތަށ އެކަން ހުރުމުން، މި ޤަޟިއްޔާގައި ޙުކުމް ކުރުމުގެ ކުރިން، މހަލާ ޓުއަރސް ޕްރައިވެޓް ލިމިޓެޑްގެ ޖަލްސާތަކުގައި ވޯޓުދޭއިރު، ކުންފުންޏާބެހޭ ޤާނޫނުގެ 63 ވަނަ މާއްދާގެ (ހ) އާ އެއްގޮތަށް އަތް އުފުލައިގެން ވޯޓް ދިނުމަށާއި، އެއެ ޚިލާފަށާ މެމްބަރުން ގަނެފައިވާ ޙިއްސާގެ ނިސްބަތުން ވޯޓުދޭ ގޮތަށް ހަމަޖައްސަން އޮންނަ އުޞޫލް ބޭނުން ނުކުރުމަށް މާހަލް ޓުއަރސް ޕްރައިވެޓް ލިމިޓެޑްއަށް އަންގާ އަމުރުކޮށް، އަދި މާހަލް ޓުއަރސް ޕްރައިވެޓް ލިމިޓެޑްގެ މިހާރުއޮތް ޙިއްޞާގެ މިލްކުވެރިކަން އަދި ޙިއްޞާގެ އޮނިގަނޑު އެއްވެސް ބަދަލެއް ނުގެނައުމަށ މާހަލް ޓުއަރސް ޕްރައިވެޓް ލިމިޓެޑް އަށާއި، ދައުލަތުގެ ކަމާބެހޭ އިދާރާތަކަށް އަންގާ އަމުރުކޮށާ " މިފަދައިންނެވެ.
އިސްތިއުނާފީ ނުކުތާތައް
1. ސިވިލް ކޯޓުގެ ނަންބަރު 1/VA/2021/02-CR-B4 ވަގުތީ އަމުރު ނިމިފައވަނި ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާއި ޚިލާފަށްކަމަށްބުނެ، އެމައްސަލަ އިސްތިއުނާފު ކުރުމަށްއެދި، މާހަލް ޓއަރސު ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ތިރީގައި ބަޔާންކުރާ ނުކުތާތަށް ހުށަހަޅައި އެނުކުތާތަކާއި މެދު ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައި ވެއެވެ.
1.3- ސިވިލްކޯޓުގެ ނަންބަރ 1/VA/2021/02-CR-B4 ވަގުތީ އަމުރު ނެރުއްވުމުގައި، ކޯޓަށް މީހނު ޙާޟިރު ކުރުމުގައި ޢަމަލު ކުރާނެ ގޮތުގެ ޤަވާޢިދުގެ 36 ވަނަ މާއްދާ އަދި 32 ވަނަ މާއްދާ އާއި ޚިލާފަށް ޢަމަލު ކޮށްފައިވުން.
1.3- އުޞޫލު ތަކާއި ޚިލާފަށް މާހަލް ޓުއަރސް ޕްރައިވެޓް ލިމިޓެޑް (އިސްތިއުނާފ ކުރު ފަރާތް) ގެ ޣައިރު ޙާޟިރުގައި މައްސަލަ ކުރިޔަށް ގެނގޮސްފައިވާތީވެ، ޝަރީޢަތް ކުރުމާއިބެހޭ ގޮތުން ހެދިފައިވާ ޤަވާޢިދުގެ 6.2 ގެ 23 ނަންބަރުގެ (ހ) އަދި (ށ) އިން ލިބިދީފައިވާ ޙައްޤުން އިސްތިއުނާފް ކާރު ފަރާތް މަޙްރޫމް ކުރުވުން.
1.2- ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުގެ ނަންބަރު: A/107-SC2020/ ޤަޟިއްޔާއިން ކަނޑައަޅުއްވާފައިވާ "ޣައިރު ޙާޟިރުގައި މައްސަލަ ހިންގައި ގޮތެއް ކަނޑައެޅުއްވުމުގައި ރިޢާޔަތް ކުރަންޖެހޭ ކަންކަން" އަށް މި މައްސަލާގައި ރިޢާޔަތް ކޮށްފައި ނުވުން
1.1- މިމައްސަލައިގައި ވަގުތީ އަމުރާއި ގުޅޭގޮތުން ގޮތެއް ކަނޑައެޅުއްވުމުގައި، ދިވެހިޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 13 ވަނަ މާއްދާ އާއި، 312 ވަނަ މާއްދާގެ (ރ) އާއި ޚިލާފަށް ނިންމާފައިވުން. ޝަރީޢަތަށް ފާހަގަކުރެވުނު ކަންކަން ކޯޓަށް މީހުން ޙާޟިރު ކުރުމުގައި ޢަމަލު ކުރާނެ ގޮތް
5ކޯޓަށް މީހުން ޙާޟިރު ކުރުމުގައި ޢަމަލު ކުރާނެ ގޮތުގެ ޤަވާޢިދު ގެ 32 ވަނަ މާއްދާގައި ވަނީ :
(ހ) ކޯޓަށް ޙާޟިރުވާންޖެހޭ ފަރާތަށް ޙާޟިރުވުމުގެ އަމުރު ރައްދު ކުރެވެން އޮތްނަމަ، ޙާޟިރުވުމުގެ އަމުރު އެމީހާއާ ޙަވާލުކުރުމުން އަމުރު ރައްދު ކުރެވުނީއެވެ.
(ށ) ޙާޟިރު ވުމުގެ އަމުރު ޙަވާލުވި ފަރާތް އަމުރުގެ އަޞްލާއި ކޮޕީގައި ސޮއި ކުރަންވާނެއެވެ. ސޮއިނުކޮށްފިނަމަ ބެލެވޭނީ ޙަވާލު ނުވީ ކަމަށެވެ.
(ނ) ކޯޓަށް ޙާޟިރުވާންޖެހޭ ފަރާތު ހޯދުމަށް އެކަށީގެންވާ މަސައްކަތްތަކެއް ކުރުމަށްފަހުގައިވެސް އެ މިހަކ ނުފެނިއްޖެ ޙާލަތެއްގައި، އެމީހަކު ބަންދުގައި ހުރި މީހަކަށް ނުވާނަމަ، ޙާޟިރު ވުމުގެ އަމުރު ފޮނުވޭ ފަރާތް ދިރިއުޅޭ ގޭގައި އުޅޭ ތަޞައްރަފު ފުދިފައިވާ މީހަކާ ނުވަތަ ކޯޓަށް ޙާޟިރުވާންޖެހޭ މީހާގެ ވަކީލާ، ނުވަތަ ބަދަލުގައި ހަމަޖައްސާފައިވާ މީހާއާ އަމުރު ޙަވާލުކުރުމުން ޙާޟިރުވުމުގެ އަމުރު ރައްދު ކުރެވުނީ ކަމަށް ބެލެވޭނެއެވެ.
(ރ) މިމާއްދާގެ (ހ)، (ށ)، (ނ) ގައިވާ ގޮތަށް ޢަމަލު ކުރެވެން ނެތްނަމަ، ޙާޟިރު ވުމުގެ ފޮނުވޭ ފަރާތް ޢާންމު ގޮތެއްގައި ދިރިއުޅޭ ގެއެއް ނުވަތަ ތަނެއްގެ ދޮރާށީގައި، ނުވަތަ އުޅަނދެއްގައި އަމުރު ހ އްޕުމުނ ނުވަތް އެ އަމުރު ފަސޭހައި ފެންނާނެ ގޮތަށް އެއިން ތަނެއްގައި ބެހެއްޓުމުން ޙާޟިރުވުމުގެ އަމުރު ރައްދު ކުރެވުނު ކަމުގައި ބެލެވޭނެއެވެ.
6ކޯޓަށް މީހުން ޙާޟިރު ކުރުމުގައި ޢަމަލު ކުރަންވީ ގޮތުގެ ޤަވާޢިދު ގެ 36 ވަނަ މާއްދާ ގައި ވަނީ: ކޯޓަށް މީހުން ޙާޟިރު ކުރުމުގައި ޢަމަލު ކުރާނެ ގޮތުގެ ޤަވާޢިދުގެ 32 ވަނަ މާއްދާ "ކޯޓަށް ޙާޟިރުވުމުގެ އަމުރު ރައްދު ކުރުން" ކޯޓަށް މީހުން ޙާޟިރު ކުރުމުގައި ޢަމަލު ކުރާނެ ގޮތުގެ ޤަވާޢިދުގެ 36 ވަނަ މާއްދާ "ކުންފުނި ނުވަތި ޖަމްޢިއްޔާފަދަ ތަންތަނަށް ޙާޟިރުވުމުގެ އަމުރު ރައް ދުކުރުން"
(ހ) ކޯޓަށް ޙާޟިރުވުމުގެ އަމުރު ރައްދުވާ ފަރާތަކީ ކުންފުންޏެއް ނުވަތަ ޕާޓްނަޝިޕ ނުވަތް ޖަމްޢިއްޔާއެއް ނުވަތަ އެނޫންވެސް ޤާނޫނީ ޝަޚްޞެއް ކަމަށްވާނަމަ، އެތަނުގެ މަސައްކަތް ހިނގަމުންދާ އިދާރާއަށް އަމުރު ރައްދު ކުރުމުން އެފަރާތަކަށް އަމރ ރައްދުވު ކަމަށް ބެލެވޭނެއެވެ.
( ށ) ކުންފުންޏެއް ނުވަތަ ޕާޓްނަޝިޕ ނުވަތް ޖަމްޢިއްޔާއެއް ނުވަތަ އެނޫންވެސް ޤާނޫނީ ޝަޚްޞަކަށް މިމާއްދާގެ (ހ) ގައި ބަޔާން ކޮށްފައިވާ ގޮތަށް ޙާޟިރު ވުމުގެ އަމުރު ރައްދުކުރެވެން ނެތްނަމަ އެފަރާތެއް ރަޖިސްޓްރީ ކުރެވިފައިވާ އެޑްރެހަށް ޙާޟިރު ވުމުގެ އަމުރު ރައްދު ކުރުމުން، އެފަރާތަކަށް އަމުރު ރައްދުވާ ކަމުގައި ބެލެވޭނެއެވެ.
(ނ) ކުންފުންޏެއް ނުވަތަ ޕާޓްނަޝިޕެއ ނުވަތް ޖަމްޢިއްޔާއެއް ނުވަތަ އެނޫންވެސް ޤާނޫނީ ޝަޚްޞެއްވިޔަސް، ރަޖިސްޓްރީ ކުރެވިފައިވާ އެޑްރެހާ އެތަނަކާ އެއްވެސް ގުޅުމެއް ނެތްކަމަށް ކޯޓަށް ޤަބޫލުކުރެވޭ ޙާލަތްތަކުގައި، އެފަރާތެއް ރަޖިސްޓްރީ ކޮށްދީފައިވާ ފަރާތަކަށް ލިޔެގެން މަސްއޫލުވެރިންގެ މަޢުލޫމާތު ސާފުކުރުމަށްފަހު، އެތަނެއްގެ މަސްއޫލުވެރިންނަށ ނުވަތް މަސްއޫލުވެރިންގެ ތެރެއިން މީހަކަށް އަމުރު ފޮނުވުމުން އެތަނަކަށް އަމުރު ރައްދު ކުރެވުނީ ކަމަށް ބެލެވޭނެއެވެ.
(ރ) މިމާއްދާގެ ( ށ) ގެ މަޤްޞަދަށްޓަކައި، މިޤަވާޢދުގް32 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ފަދައިން އަމުރު ރައްދު ކުރެވެން ނެތްނަމަ، މިޤަވާޢިދުގު32 ވޭނ މާއްދާގަ (ރ) ގައި ބަޔާންކުރާ ގޮތަށް ޢަމަލު ކުރުމުން ޙާޟިރުވުމުގެ އަމުރު ރައްދުކުރެވުނީ ކަމަށް ބެލެވޭނެއެވެ.
(ބ) މިމާއްދާގެ މަޤްޞަދަށްޓަކައި، މަސްއޫލުވެރިނ ކަމުގައް ބަޔާންކޮށްފައިވަނީ ކުންފުންޏެއް ނުވަތަ ޕާޓްނަޝިޕެއ ނުވަތް ޖަމްޢިއްޔާއެއް ނުވަތަ އެނޫންވެސް ޤާނޫނީ ޝަޚްޞެއްގ ހިންގުމުގެ މަސްއޫލިއްޔަތު ޙަވާލުވެހުރި ފަރާތަށެވެ.
3. އަދި ކޯޓަށް މީހުން ޙާޟިރު ކުރުމުގައި ޢަމަލު ކުރަންވީ ގޮތުގެ ޤަވާއިދުގެ 30 ވަނަ މައްދާ ގެ (ހ) ގައި ބަޔާންކޮށްފައިވަނީ: ކޯޓަށް މީހުން ޙާޟިރު ކުރުމުގައި ޢަމަލު ކުރާނެ ގޮތުގެ ޤަވާޢިދު ގެ 32 ވަނަ މާއްދާ "ދަޢުވާ ލިބާ ފަރާތް ކޯޓަށް ޙާޟިރުނުވުން"
(ހ) ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން ކޯޓަށް ޙާޟިރުވުމުގެ އަމުރު ލިބި، މަޤުބޫލު އުޛުރެއްނެތި އަމުރުގައިވާ ތާރީޚާއި ގަޑިއަށް ދަޢުވާލިބޭ ފަރާތް ކޯޓަށް ޙާޟިރނުވެއްޖެނަމަ، ނުވަތަ ޙާޟިރުކުރަންޖެހޭ މީހާ ދީފައިވާ އެޑްރެހުމުގައި ނެތި، އެމީހާ ވީތަނެއް ނޭނގޭނަމަ ޣައިރު ޙާޟިރުގައި މައްސަލަ ހިންގޭނެކަން އެނގޭނެ ގޮތަށް އެމީހާ ހޯދުމަށް ރޭޑިއޯއިން ނުވަތަ ޓީވީއިނ ނުވަތް އެނޫންވެސް ޚަބަރު ފަތުރާ ވަޞީލަތަކުނ އިޢުލާން ކުރުމަށްފަހު، އިޢުލާނުގައިވާ ތާރީޚާއި ގަޑިއަށް ކޯޓަށް ހާޟިރުނުވެއްޖެނަމަ، ކޯޓަށް ހާޟިރުވުމަށް އެންގުނީކަމަށް ބަލައި، ކޯޓަށް ހުށަހެޅިފައިވާ ހެއްކާއި ޤަރީނާގެ މައްޗަށް ރިޢާޔަތްކޮށް، އެމީހާގެ ޣައިރު ހާޟިރުގައި ކޯޓުން ގޮތެއް ނިންމުމުގެ އިޚްތިޔާރު ލިބިގެންވެއެވެ.
0. ކޯޓަށް މީހުން ޙާޟިރު ކުރުމުގައި ޢަމަލު ކުރަންވީ ގޮތުގެ ޤަވާއިދަށް ޖުމްލަކޮށް ބެލުމުން ޚސްމެއްގަ ޣައިރު ޙާޟިރުގައި މައްސަލައެއް ހިންގުމުގެ ކުރިން ޢަމަލުކުރަންޖެހޭ ވަކި އިޖުރާއަތުތަކެއް ބަޔާންކޮށްފައި އެބައެވެ. އެގޮތުން އެ ޤަވާއިދު މި މައްސަލައަށް ތަޠުބީޤުކުރަނީނަމ ކޯޓުނަ އެންމެ ފުރަތަމަ ޢަމަލުކުރަންޖެހޭނީ ޤަވާޢިދުގެ 36 ވަނަ މާއްދާގައި ލިސްޓު ކޮށްފައިވާ ކަންކަން އެ ތަރުތީބަށެވެ. އެފަދައިންވެސ ޢަމަލުކޮށް ޚަސްމަކު ހާޟިރުނުވެއްޖެނަމަ ދެން ރުޖޫޢަވާންޖެހޭނީ ޤަވާއިދުގެ 30 ވަނަ މައްދާގެ (ހ) އަށެވެ.
3. ދިވެހިރާއްޖޭގެ ސުޕްރީމޭ ކޯޓުގް އެޓޯލްބެންޑ ޕްރައިވެޓް ލިމިޓެޑް ވ މޫސާ ޢަބްދުއްރަޙީމް ޤަޟިއްޔާ ގައި، ދިވެހިރާއްޖޭގެ ކޯޓުތަކާބެހޭ ޤާނޫނުގައި ޣައިރު ޙާޟިރުގައި ނިންމާ މައްސަލަތަކާބެހޭ ގޮތުން ވަކި އިޖުރާއަތެއް ކަނޑައެޅިފައި ނެތުމުންނާއި، ޝަރީޢަތްކުރުމާބެހޭ ގަވާއިދެއް އެ ފަދަ ޙުކުމްތަކުން ލިބިދާނެ ބޭއިންސާފެއް ހުއްޓުވާނެ ގޮތްތަކެއް ކަނޑައަޅާފައި ނެތުމުން، ޣައިރު ހާޟިރުގައި ނިންމާ މަދަނީ މައްސަލަތައް ހައިކޯޓުގައި އިސްތިއުނާފު ކުރެވިއްޖެނަމަ އަންނަވި ޙާލަތްތަކުން ކުރެ ޙާލަތެއް އޮތްނަމަ، ޣައިރު ހާޟިރުގައި ކޮށްފައިވާ ޙުކުމް ޝަރުތުކޮށް ނުވަތަ ޝަރުތުތަކާ ނުލައި އެއް ފަރާތްކޮށް، އެ މައްސަލައެއް އަލުން ދަށު ކޯޓުން ބެލުމަށް އެ މައްސަލައެއް ދަށު ކޯޓަށް ތަޙުވީލުކުރަންވާނެކަމަށް ބަޔާންކޮށްފައިވެއެވެ. އެ ޙާލަތްތަކަކީ: ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އެޓޯލް ބެންޑް ޕްރައިވެޓް ލިމިޓެޑް ވ މޫސާ ޢަބްދުއްރަޙީމް [2021]SC 41
(ހ) ޣައިރު ޙާޟިރުގައި ޙުކުމްކުރުމުގައި އިޖުރާއީ އުނިކަމެއް ނުވަތަ އައިބެއް އޮތުން،
(ށ) ޣައިރު ޙާޟިރުގައި ޙުކުމްކުރުމުގައި އިޖުރާއީ އުނިކަމެއް ނުވަތަ އައް ބެއް ނެތްނަމަވެސް، އެ މައްސަލައަކީ ދަޢުވާލިބޭ ފަރާތަށް ކާމިޔާބުކުރުމުގެ އެކަށީގެންވާ ފުރުސަތެއް އޮތް އަދި އެކަށީގެންވާ ދިފާޢެއް އޮތ މައްސަލައެއް ކަމަށް ހައިކޯޓަށް ފެނުން. ހިމެނެއެވެ.
32މި މައްސަލައިގައި ކަން ހިނގާފައިވާ ގޮތަށް ބަލާއިރު، މާހަލް ޓުއަރސްގެ ޣައިރު ޙާޟިރުގައި މައްސަލަ ނިންމާފައިވަނީ "35 ނޮވެންބަރު 3233 ވަނަ ދުވަހުގެ 32:22 އަށް މާހަލް ޓުއަރސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސިވިލް ކޯޓު (ޖަސްތިސް ބިލްޑިންގ، 22 ވަނަ ފަންގިފިލާ) އަށް ހާޟިރުވުމަށާއި، ޙާޟިރު ނުވެއްޖެނަމަ، މާހަލް ޓުއަރސް ޕްރައިވެޓް ލިމިޓެޑްގެ ޣައިރު ޙާޟިރުގައި، ވަގުތީ އަމުރާމެދު ގޮތެއް ކަނޑައަޅާނެ ކަމުގައި، ސިވިލްކޯޓުގެ ނަންބަރު 144-B4-CR-1/2021/1342 (33 ނޮވެންބަރު 3233) އިޢުލާނުއިން، އިޢުލާން ކުރުމުންވެސް، އެދުވަހުގެ އެގަޑިއަށް މާހަލް ޓުއަރސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ނުވަތަ އެފަރާތުގެ ބަދަލުގައިވެސ އެއްވެސް މީހަކު ޙާޟިރުވެފައި ނުވެ.." މި ސަބަބަށްޓަކ ކަމަށާ ބުނެފައިވެއެވެ. އެގޮތުން މާހަލް ޓުއަރސް އަށް ކޯޓަށް ޙާޟިރުވުމުގެ އަމުރު ރައްދުވެފައިނުވާކަމަށ ސިވިލް ކޯޓުން ބަލާފައިވަނީ އެ އަމުރު ރައްދުކުރަން ދިޔަ ފަރާތް (އިޙްސާން) އެ އަމުރުގައި "މިގޭންމިނަންކިޔާތަނެއް ނުފެނުނު" މިފަދައިން އެ އަމުރުގައި ލިޔެފައިވާކަމުގެ މައްޗަށެވެ. އަދި އެއަށް ރިޢާޔަތްކޮށް ސިވިލް ކޯޓުގެ ނަންބަރު 1/2021/1342-CR-B4-144 (33 ނޮވެންބަރު 3233) އިޢުލާނު ކޮށްފައި ވެއެވެ.
33ކުރިންވެސް ބަޔާންކުރެވުނު ފަދައިން ކޯޓަށް މީހުން ޙާޟިރު ކުރުމުގައި ޢަމަލު ކުރަންވީ ގޮތުގެ ވކަ އިޖުރާއަތުތަކެއް، ވަކި ތަރުތީބެއް މީހުން ޙާޟިރު ކުރުމުގައި ޢަމަލު ކުރަންވީ ގޮތުގެ ޤަވާއިދު ގައި ބަޔާންކޮށްފައިވެއެވެ. އެގޮތުން އެ ގަވާއިދު ގެ 30 ވަނަ މާއްދާގައި ބުނެފައިވާ ގޮތުގެ މަތިން އިޢުލާން ކުރަނީ ކޯޓަށް ހާޟިރުކުރަންޖެހޭ މީހާ، ދިފައިވާ އެޑްރެހުގައި ނެތި، އެމީހާ ވީތަނެއް ނޭނގޭ ޙާލާތުގއެވެ. އަދި އެމީހަ ކޯޓަށް މީހުން ޙާޟިރު ކުރުމުގައި ޢަމަލު ކުރާނެ ގޮތުގެ ޤަވާޢިދުގެ 32، 36 އަދި 30 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަންކަން ކޯޓަށް މީހުން ޙާޟިރު ކުރުމުގައި ޢަމަލު ކުރާނެ ގޮތުގެ ޤަވާޢިދު ވީތަނެއް ނޭނގޭ ކަމަށް ކަނޑައެޅޭނީ އެ ގަވާއިދު ގެ 36 ވަނަ މާއްދާގައި ލިސްޓުކޮށްފައިވާ ކަންކަން އެގޮތުގެ މަތިން ޢަމަލުކުރުމަށްފަހުވެސް އެމީހާ ވީތަނެއް ނޭނގޭނަމައެވެ.
33. ކަން މިހެން ހުރި ނަމަވެސް އިސްވެ ފާހަގަކުރެވުނު އިޖުރާއަތުތަކަކީ ކޯޓަށް އާންމު ކޮށް ހުށަހެޅޭ މައްސަލަތަކުގައި ޢަމަލުކުރާ އިޖުރާއަތުކަން ފާހަގުރެވެއެވެ. އިސްތިއުނާފު ކުރެވިފައިމިވާ މައްސަލައަކީ ވަގުތީ އަމުރެއްކަމުން މި އިޖުރާއަތުތައް ވަގުތީ އަމުރަށްވެސް ތަޠުބީޤުކުރވިދާނެތެ ނުވަތަ ނޫންތޯވެސް ބަލާލުން މުހިންމު ކަމުގައި ދެކެމެވެ.
32. އެގޮތުން ވަގުތީ އަމުރު ނެރުމުގައި މައްސަލައިގައި ވަށައިގެންވާ ހުރިހާ ކަމަކަށް ރިޢާޔަތްކޮށް، އެ އަމުރު ނެރުމުގައި މައްސަލައިގައި ހިމެނޭ ފަރާތްތައް ކޯޓަށް ޙާޟިރުކޮށް އަޑުއެހުމެއް ބޭއްވުމަށްފަހު ނުވަތަ އަޑުއެހުން ބޭއްވުމަކާ ނުލައި، ކޯޓުން ވަގުތީ އަމުރު ނެރުމަކީ ނުވަތަ ވަގުތީ ފިޔަވަޅު އެޅުމަކީ ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓުތަކުން ޢަމަލުކުރަމުން އަންނަ އިސްތިޤުރާރުވެފައިވާ އުޞޫލެއްކަމާއި، އަމުރު ނެރުމުގެ ކުރިން މައްސަލައިގެ އަޑުއެހުމެއް ބޭއްވުމާއި ނުބޭއްވުމަކީ މައްސަލައިގައި ހިމެނޭ ކަންތައްތަކުގެ މައްޗަށް ރިޢާޔަތްކޮށް އެ މައްސަލަ ބައްލަވާ ފަނޑިޔާރެއްގެ އިޚްތިޔާރުގައިވާ ކަމެއްކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ އައްޑޫ ސިޓީ ކައުންސިލް އިދާރާ ވ މުޙައްމަދު އާދިލް މައްސަލައިގައި ކަނޑައަޅާފައިވެއެވެ.
31. ޝަރީޢަތުން މައްސަލައެއް ހިންގާއިރު އެއީ ވަގުތީ އަމުރެއްކަމުގައި ވީނަމަވެސް ޢަމަލުކުރާ ޢާންމު އުސޫލަކީ މައްސަލައިގައި ހިމެނޭ ދެފަރާތް ހާޒިރުކޮށްގެން މައްސަލަ ހިންގުމެވެ. ނަމަވެސް އެ މައްސަލައިގެ ވަށައިގެންވާ ކަންތައްތަކަށް ބަލައި، ކޯޓުން އަވަސް ފިޔަވަޅެއް ނާޅައިފިނަމަ މައްސަލައިގައި ހިމެނޭ ފަރާތަކަށް ގެއްލުމެއް ލިބިދާނެ ކަމަށް މައްސަލަ ބަލާ ފަނޑިޔާރަށް ފެންނަ ޙާލަތުގައި ވީހާވެސް އަވަހަށް އެ މައްސަލައެއްގައި ވަގުތީ އަމުރެއް ނުވަތަ ވަގުތީ ފިޔަވަޅެއް އެ ފަނޑިޔާރަށް އެޅިދާނެއެވެ. އަދި އެފަދައިން އަމުރެއް ނެރޭކަމުގައިވަނީނަމަ ކޯޓަށް މީހުން ޙާޟިރު ކުރުމުގައި ޢަމަލު ކުރާނެ ގޮތުގެ ޤަވާޢިދު ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/06 ޤަޟިއްޔާ އެ މައްސަލައިގެ ޚަސްމުންގެ ޚާޟިރުގައި އަދި ޣައިރު ޙާޟިރުގައް ވެސި ނެރުމުގެ އިޚްތިޔާރު ފަނޑިޔާރަށް ލިބިގެންވެއެވެ.
35ކޯޓަށް މީހުން ޙާޟިރު ކުރުމުގައި ޢަމަލު ކުރާނެ ގޮތުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ އިޖުރާއަތއެ ކަނޑައްތު ކުރުމަށްފަހު އަވަސް ފިޔަވަޅެއް ނުވަތަ އަމުރެއް ނެރޭ ކަމުގައިވާނަމަ، އަމުރު ނެރުމުގެ ކުރިން އެ އަމުރު ނެރެމުގެ ބޭނުން ކެނޑިގެން ދިއުމަކީވެސް އެކަށީގެންވާ ކަމެކެވެ. އެހެންކަމުން، ވަގުތީ އަމުރެއް ނެރުމުގައި ކޯޓަށް މީހުން ޙާޟިރު ކުރުމުގައި ޢަމަލު ކުރާނެ ގޮތުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ އިޖުރާއަތު ފުރިހަމަ ކުރަންޖެހޭ ކަމަކަށް އަހުރެން ނުދެކެވެ. އަދި އިސްތިއުނާފު ކުރާ ފަރާތުގެ ޣައިރު ޚާޟިރުގައި މައްސަލަ ހިންގައި ވަގުތީ އަމުރު ނެރެފައިވާ ކަމަށް ބުނެ ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބިނާކޮށް އެ އަމުރު ބާޠިލްކުރަންޖެހޭ ކަމަކަށް ނުދެކެމެވެ.
ނިންމުމަށް ވާޞިލުވި ސަބަބު ބަޔާންކުރުން
36ސިވިލް ކޯޓުގެ ނަންބަރ 1/VA/2021/02-CR-B4 ވަގުތީ އަމުރުގައި އެ ނިންމުމަށް ވާޞިލުވި ސަބަބެއްގެ ގޮތުގައި ފާހަގަކޮށްފައިވަނ "ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-A/21 ޤަޟިއްޔާގައި ކަނޑައަޅާފައިވާ ޝރަތުތަކަށާއި، ޝަރީޢަތް ކުރުމާއިބެހޭ ގޮތުން ހެދިފައިވާ ޤަވާއިދުގެ (6) ގެ 335 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަންތައްތަކަށާއި، އަދާލަތުގެ ހަމަތަކުގެ މައްޗަށް ރިޢާޔަތްކޮށް ބަލާއިރު، ދަޢުވާކުރާ ފަރާތްތަކުން އެދިފައިވާ ގޮތަށް ވަގުތީ އަމުރު ނެރުމަށް ހުރަހެއް ނެތްކަން އެނގެއެވެ. " މިފަދައިންނެވެ. އެހެން ނަމަވެސް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-A/21 ޤަޟިއްޔާގައި ކަނޑައަޅާފައިވާ ޝަރުޠުތަކަށާއި ޝަރީޢަތް ކުރުމާއިބެހޭ ގޮތުން ހެދިފައިވާ ޤަވާއިދުގެ (6) ގެ 335 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަންތައްތަތައް މި މައްސަލައަށް ރިޢާޔަތްކުރި ގޮތެއް ސިވިލް ކޯޓުން ބުނެދީފައިނެތެވެ.
33. މައްސަލައެއްގެ ނިންމުމަށް ވާޞިލްވި ސަބަބު ބަޔާންކުރުމަކީ، ދިވެހިޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 13 ވަނަ މާއްދާގެ (ހ) އިން ކަށަވަރަކޮށްދީފައިވާ އިންސާފުވެރި ޝަރީޢަތެއް ކުރުމުގެ މައިގަނޑު ޢުންސުރު ކަމުގައި ބަޔާންކުރަމުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އަޙްމަދް އިސްމާޢީލް ވ ލަޠީފާ ޢަލީ ޙަސަން މައްސަލައިގައި ދިވެހިރާއްޖޭގެ ސުޕްރީމޭ ކޯޓުން ވަން މައްސަލައިގެ ނިންމުމަށް ވާސިލްވި ސަބަބުތައް ބަޔާންކުރުމުގައި ކަން ކުރަންޖެހޭ ގޮތުގެ ބައެއް އުޞޫލުތައް ބުނެދީފައިވެއެވެ. އެގޮތުން ސުޕްރީމް ކޯޓުގެ ބުނެވުނު ޤަޟިއްޔާގައި ފާހަގަކޮށްފައިވަނީ "ޙުކުމަށް ވާސިލުވި ސަބަބު ބަޔާން ކުރުމުގެ ވާޖިބު" އެއީ ހަމައެކަނި ކޯޓަށް ހުށަހެޅިފައިވެ ޤަޟިއްޔާއެއްގައި ޙުކުމެއް ކުރާއިރު، ހަމައެކަނި "ޙުކުމް" ގެ މައްޗަށް ތަޠުބީޤު ކުރާ ގޮތަށް އޮންނަ އުޞޫލެއަ ނޫންކަމެވެ. އަދި ޤަޟިއްޔާގައެއްގައ ކުރެވި ޙުކުމެކޭ އެއްފަދައިން ވަގުތީ އަމުރަށް އެދި ހުށަހަޅާ ހުށަހެޅުމެއްގެވެސް ނިންމުން ބިނާކުރަނީ ދެފަރާތުން އެ ކަމާއިމެދު ދެކެވޭ ވާހަކަތަކެއްގެ މައްޗަށާއި ހުށަހެޅިފައިވާ ދަލީލުތައްވެސް ވަޒަންކުރެވިގެންކަމަށްވާތ ވަގުތީ އަމުރާއި ގުޅޭ ގޮތުން ނިންމާ ނިންމުންތަކުގައިވެސް މައްސަލަ ބައްލަވާ ފަނޑިޔާރު އޭނާގެ ނިންމުމަށް ވާސިލުވި ސަބަބުތައް ތަފްސީލުކޮށް ބަޔާންކޮށް ދޭންޖެހޭނެކަމަށެވެ. މީގެއިތުރުން މަދަނީ މައްސަލަތަކުގައި ވަކި ޙާލަތްތަކެއްގައި ޣައިރު ހާޟިރުގައި ޙުކުމްކުރުމަށް ހުއްދަ ވެފައި އޮންނަ އޮތުމަކީ، އެއްވެސް ޙާލެއްގައި ކަމުގެ ހަޤީޤަތް ކަށަވަރުނުކޮށް ހިތަށްއެރިގޮތަށ ޙުކުމް ކުރުމަށް ލިބިފައި އޮންނަ ފާހެއްނޫންކަމަށެވެ . ކޯޓުން ކުރެވޭ ޙުކުމެކޭ އެއްފަދައިން ވަގުތީ އަމުރެއްގެ ދަށުން ނިންމާ މިފަދަ ނިންމުންތަކުގައިވެސް، ނިންމުމަށް ވާޞިލުވި ސަބަބު އެނގުމަކީ މައްސަލައިގެ ހިމެނޭ ޚަސްމުންގެ ޙައްޤެކެވެ. ސިވިލް ކޯޓުގެ ނަންބަރު 1/VA/2021/02-CR-B4 ވަގުތީ އަމުރަށް ބަލާއިރު، އަދި ބުނެވުނު އަމުރުގައި ނިންމުމަށް ވާޞިލުވި ސަބަބުތައް ބުނެދީފައިވާ ގޮތަށް ބަލާއިރު، އެ ސަބަބުތައް އެކަށީގެންވާ މިންގަނޑަކަށް ބުނެދެވިފައި އޮތްކަމަށް ބެލެވޭކަށް ނެތެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އަޙްމަދު އިސްމާޢީލް ވ ލަޠީފާ ޢަލީ ޙަސަން ޤަޟިއްޔާ [2021]SC 30 ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އަޙްމަދު އިސްމާޢީލް ވ ލަޠީފާ ޢަލީ ޙަސަން ޤަޟިއްޔާ [2021]SC 30
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ކޯޓަށް މީހުން ޙާޟިރު ކުރުމުގައި ޢަމަލު ކުރާނެ ގޮތުގެ ޤަވާޢިދުގެ 28 ވަނަ މާއްދާގެ (ހ)
- ކޯޓަށް މީހުން ޙާޟިރު ކުރުމުގައި ޢަމަލު ކުރާނެ ގޮތުގެ ޤަވާޢިދުގެ ޙާޟިރުވުމުގެ އަމުރު ރައްދުކުރުމާބެހޭ މާއްދާ (PDF ގައި '32')
- ކޯޓަށް މީހުން ޙާޟިރު ކުރުމުގައި ޢަމަލު ކުރާނެ ގޮތުގެ ޤަވާޢިދުގެ ކުންފުނި ފަދަ ތަންތަނަށް ޙާޟިރުވުމުގެ އަމުރު ރައްދުކުރުމާބެހޭ މާއްދާ (PDF ގައި '36')
- ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ)
- ޝަރީޢަތް ކުރުމާބެހޭ ގޮތުން ހެދިފައިވާ ޤަވާޢިދު (6) ގެ ވަގުތީ އަމުރާބެހޭ މާއްދާ (PDF ގައި '335'؛ ދަށު ކޯޓުން ޙަވާލާދީފައި)
- ސުޕްރީމް ކޯޓު [2021] SC 41 (އެޓޯލް ބޭންޑް ޕްރައިވެޓް ލިމިޓެޑް ވ. މޫސާ ޢަބްދުއްރަޙީމް)
- ސުޕްރީމް ކޯޓު [2021] SC 30 (އަޙްމަދު އިސްމާޢީލް ވ. ލަޠީފާ ޢަލީ ޙަސަން)
- ހައިކޯޓު 2012/HC-A/06 (އައްޑޫ ސިޓީ ކައުންސިލް އިދާރާ ވ. މުޙައްމަދު އާދިލް)
- ސުޕްރީމް ކޯޓު 2012/SC-A/21 (ނެކްސްބިޒް ޤަޟިއްޔާ؛ ދަށު ކޯޓުން ޙަވާލާދީފައި)
ޝަރީޢަތުގެ ވީޑިއޯ
ހައިކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.