މަރްޔަމް ރިޒްނީ ޢަލީ އަދި އިތުރު ފަރާތްތައް ވ. މާހަލް ޓުއާރސް ޕްރައިވެޓް ލިމިޓެޑް
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- ސިވިލް ކޯޓު 144-B5/VN/2022/03
- ފަހުގެ ތާރީޚު
- ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް
ކޯ ޓާމްސް
ޚުލާޞާ
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ކުންފުނީގެ ހިއްސާގެ އޮނިގަނޑާ ބެހޭ މައުޟޫޢީ ދަޢުވާއެއް ނިމެންދެން ކުންފުނީގެ ޖަލްސާތަކުގައި ވޯޓުދޭނީ އަތް އުފުލައިގެން ކަމަށް އަންގާ ވަގުތީ އަމުރެއް ނެރެދެވެން ނެތްކަމަށް ސިވިލް ކޯޓުން ނިންމި ނިންމުން، ވަގުތީ އަމުރު ނެރުމުގެ ޝަރުޠުތަކާއި ކުންފުންޏާބެހޭ ޤާނޫނުގެ 73 ވަނަ މާއްދާއާއި ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާއާ ޚިލާފުތޯ.
ނިންމުން
ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައިއިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ނިންމުން ޤާއިމް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 ވަގުތީ އަމުރަކީ ކޯޓަށް ހުށަހެޅިފައިވާ ދަޢުވާއެއްގައި ގޮތެއް ކަނޑައެޅުމުގެ ކުރިން ވަގުތީ ފަރުވާއެއް ނުވަތަ ވަގުތީ ރައްކާތެރިކަމެއް ހޯދައިދިނުމަށް ކޯޓުން ނެރެދޭ ފަރުވާގެ އަމުރެކެވެ؛ ވަކި ކަމެއް ކުރުމަށް ނުވަތަ ނުކުރުމަށް އަންގައި ވަގުތީ އަމުރު ނެރެވިދާނެއެވެ.
HN2 ވަގުތީ އަމުރެއް ނެރުމަށް ފުރިހަމަވާންޖެހޭ ތިން ޝަރުޠަކީ: (1) އެދޭ ފަރާތަށް އެފަދަ އަމުރަކަށް އެދުމުގެ ސިފަތު ނުވަތަ ހައިސިއްޔަތު ޤާނޫނީ ގޮތުން ލިބިގެންވުން، (2) ޤާނޫނީ ހިމާޔަތް ލިބެންޖެހޭ މައުޟޫޢީ ޙައްޤެއް ނުވަތަ ޤާނޫނީ މަރުކަޒެއް އޮތުމުގެ އިޙްތިމާލު ފާޅުކަން ބޮޑު ގޮތެއްގައި ޤާއިމުވުން، އަދި (3) ވަގުތީ އަމުރު ނުނެރެ އަޞްލު ދަޢުވާ ލަސްވެއްޖެނަމަ ތަދާރުކު ނުކުރެވޭ ގެއްލުމެއް ނުވަތަ ކުރިމަތިވެދާނެ ނުރައްކަލެއް އޮތުމެވެ.
HN3 މައުޟޫޢީ ޙައްޤެއް ނުވަތަ ޤާނޫނީ މަރުކަޒެއް އޮތުމުގެ އިޙްތިމާލު ޤާއިމުވާނީ އެ ޙައްޤު ހިމާޔަތްކުރާ ޤާނޫނީ ޤާޢިދާއެއް އޮވެ، ހުށަހަޅާ ވާޤިޢާތަކަކީ ކޯޓަށް ޤަބޫލުކުރެވޭ މިންވަރުގެ ކާފީ ވާޤިޢާތަކަށް ވުމުންނެވެ؛ އެކަން ކޮންމެ މައްސަލައެއްވެސް ވަކިން ވަޒަންކޮށް ދެނެގަންނަންޖެހޭނެއެވެ.
HN4 ތަދާރުކު ނުކުރެވޭ ގެއްލުމެއް ނުވަތަ ނުރައްކަލެއް އޮތްކަމަށް ބެލެވޭނީ، މައުޟޫޢީ ދަޢުވާ އާދައިގެ އިޖުރާއަތުގެ ދަށުން ފުރިހަމަކޮށްފިނަމަ އިޢާދަ ނުކުރެވޭ ނުވަތަ ފޫނުބެއްދޭ ފަދަ ގެއްލުމަކާ އަމުރަށް އެދޭ ފަރާތަށް ކުރިމަތިލާން ޖެހޭ ޙާލަތުގައެވެ؛ މައުޟޫޢީ ދަޢުވާ ނިމުމުން ކުރިއަށް ދެވޭނެ ޤާނޫނީ މަގެއް އޮތްނަމަ އެފަދަ ގެއްލުމެއް އޮތްކަމަށް ނުބެލެވޭނެއެވެ.
HN5 ކުންފުންޏާބެހޭ ޤާނޫނުގެ 73 ވަނަ މާއްދާގެ ދަށުން މެންބަރަކަށް ކޯޓު އަމުރަކަށް އެދެވޭނީ އެ މެންބަރެއްގެ ޙައްޤަށް ނުވަތަ މަޞްލަޙަތަށް އުނިކަމެއް ލިބިފައިވާނަމަ ނުވަތަ ކުންފުނީގެ ކަންކަން ހިނގަމުންދަނީ އެފަދަ އުނިކަމެއް ލިބޭ ގޮތަކަށް ނަމައެވެ؛ ކުންފުނިން ކޮށްފާނެ ނުވަތަ ނިންމަފާނެ ކަމަކުން ގެއްލުން ލިބިދާނެކަމުގެ ފުރުޞަތު އޮތުމަކީ އެ މާއްދާގައިވާ ޙާލަތެއް ނޫނެވެ.
HN6 ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގެ ދަށުން ހެއްކާއި ޤަރީނާއަށް ރިޢާޔަތްކޮށްފައިނުވާކަމަށް ބުނާ ފަރާތުން، ރިޢާޔަތްނުކުރާ ޤާނޫނީ ކޮން ނުކުތާއަކާ ގުޅޭ ކޮން ހެއްކަކަށްކަން ބުނެދޭންޖެހޭނެއެވެ؛ ވަގުތީ އަމުރުގެ ނިންމުމަކީ މައުޟޫޢުގައި ހެކި ވަޒަންކޮށް ނިންމާ ނިންމުމެއް ނޫން، މަތިމަތިން ހުށަހެޅުންތަކަށް ބަލައި އިޢާދަނުކުރެވޭ ގެއްލުމެއް ފޫބެއްދުމަށް އިސްކަންދީ ނިންމާ ނިންމުމެކެވެ.
ވަކީލުންނާއި ފަނޑިޔާރުން
- ވަކީލުން
- —
- ބެންޗު
- ޙުޒައިފާ މުޙައްމަދު، ޙުސައިން ޝަހީދު، މުޙައްމަދު ސަލީމް
- ރިޔާސަތު
- —
- ރައުޔު ލިޔުނު ފަނޑިޔާރު
- ޙުޒައިފާ މުޙައްމަދު · ތާއީދުކުރެއްވީ: ޙުސައިން ޝަހީދު، މުޙައްމަދު ސަލީމް
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
ފަނޑިޔާރު ޙުޒައިފާ މުޙައްމަދުގެ ރައުޔު
މައްސަލައިގެ ތަޢާރފަ
1މިއީ ސިވިލް ކޯޓުގެ ނަންބަރު 144-B5/VN/2022/03 )14 އޯގަސްޓް 2022 ( "ވަގުތީ އަމުރާމެދު ނިންމިގޮތް" ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތް ނުވާކަމަށް ބުނެ އެ ނިންމުން އިސްތިއުނާފުކުރުމަށ އެދި މާލެ […] ފްލެޓް 01-02، މަރްޔަމް ރިޒްނީ ޢަލީ )ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑް ނަންބަރ ( އެއާ މާލެ […] ފްލެޓް 01-03، ޙައްވާ ރިޒްމާ ޢަލީ )( އާއި މާލެ […] ފްލެޓް 01- 06 ޢާއިޝަތު ޝިޒްނ ޢަލީ )( އާއި މާލެ […] ޔާސިރު ޢަލީ )( އާއި މާލެ […] އާމިނަތު ރަޝީދާ )( އާއިމާލެ […] ފްލެޓް 01-04 ޢާޠިފާ ޢަލީ )(ގެ ފަރާތުނ ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބަލާފައިވާ ޤަޟިއްޔާއެވެ.
2މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވަނީ މާހަލް ޓުއަރސް ޕްރައިވެޓް ލިމިޓެޑްގެ )މީގެ ފަހުން "މާހަލް ޓުއަރސް ޕްރައިވެޓް ލިމިޓެޑް" ނުވަތަ "އިސްތިއުނާފ ރައްދުވު ފަރާތް"( މައްޗަށެވެ. މި 6 )ހައެއް( ފަރާތްތަކަށް އެކުއެކީގައި "އިސްތިއުނާފުކުރާ ފަރާތްތައް" މި ގޮތުގައި މުޚާތަބުކުރެވޭނެއެވެ.
ކުންފުނި ރަޖިސްޓްރީ ނަންބަރު: 0498/1979-C
މައްސަލައިގެ ކަންހިނގާފައިވާ ގޮތް
3އިސްތިއުނާފުކުރާ ފަރާތްތަކުގެ ހިއްސާ އޮންނަ މާހަލް ޓުއަރސް ޕްރައިވެޓް ލިމިޓެޑިގެ ހ އްސ އާ ކުންފުނީގެ ހިންގާ ގަވާއިދާއި، ޤާނޫނު ނަންބަރ 96/10 )ދިވެހިރާއް ޖޭގެ ކުންފުންޏާބެހޭ ޤާނޫނު(އާ ޚެ ލާފަށ ބަދަލުކޮށްފައިވާތީ، ކުންފުނީގެ ހިއްސާ ބަދަލުކުރި ކުރުން ބާޠިލުކަމަށް ކަނޑައަޅައިދިނުމަށާއި، ކުންފުނީގެ ހިއްސާގެ އޮނިގަނޑު ކުންފުނީގެ އަސާސީ ގަވާއިދާއި ހިންގާ ގަވާއިދު ރަޖިސްޓްރީކުރެވުނު ތާރީޚްކަމަށްވ 17 މއ 1988 ގައި އެކަށައަޅާފައިވާ ގޮތަށް ރުޖޫޢަކުރުމަށް މާހަލް ޓުއަރސް ޕްރައިވެޓް ލިމިޓެޑްގެ އިތުރުން ދައުލަތުގެ ކަމާބެހޭ އިދާރާތަކަށް އަންގާ އަމުރުކުރުމަށް އެދެ ސިވިލް ކޯޓަށް އިސްތިއުނާފުކުރާ ފަރާތްތަކުން މައްސަލަ ހުށަހެޅިއެވެ. މި މައްސަލަ ބަލަނީ ސިވިލް ކޯޓުގ ނަންބަރު 134/Cv-C/2021 ޤަޟިއްޔާއިންނެވެ.
4ސިވިލް ކޯޓުގް ބަޔާންކުރަނިވި ޤަޟިއްޔާއިން އެ ކޯޓުން ބަލަމުންދާ މައްސަލައިގައި ކުރެވޭ ޙުކުމް ތަންފީޒުކޮށް ނިމެންދެން ނުވަތަ ޝަރުޢީ ކޯޓަކުން އެހެން ގޮތަކަށް އަންގަންދެނަމާހަލ ޓުއަރސް ޕްރައިވެޓް ލިމިޓެޑގް ޖަލްސާތކުގައި ވޯޓުދޭއިރު، ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނ ގެ 62 ވަން މާއްދާގަ )ހ(އާ އެއްގޮތަށް، އަތް އުފުލައިގެން ވޯޓު ދިނުމަށާއި، އެއާ ޚިލާފަށް މެންބަރުން ގަނެފައިވާ ހިއްސާގެ ނިސްބަތުން ވޯޓު ދޭގޮތަށް ސިވިލް ކޯޓުގެ ނަންބަރު 134/Cv-C/2021 ޤަޟިއްޔާގެ )B5/VN/2022/03-144( "ވަގުތީ އަމުރާމެދު ނިންމިގޮތް" ހަމަޖައްސަން އޮންން އުޞޫލު ބޭނުންނުކުރުމަށ މާހަލް ޓުއަރިސ ޕްރައިވެޓް ލިމިޓެޑަށް އަންގައި އަމުރުކޮށް 6 5 ވަގުތީ އަމުރެއް ނެރެދިނުމަށް އެދޭ އިސްތިއުނާފްކުރާ ފަރާތްތަކުން 4 ޖުލައި 2022ގައި ހުށަހެޅިއެވެ. ސިވިލް ކޯޓުން ވަގުތީ އަމުރާއި މެދު ނިންމިގޮތް:
5ސިވިލް ކޯޓުގެ ނަންބަރ 144-B5/VN/2022/03 "ވަގުތީ އަމުރާމެދު ނިންމި ގޮތް" އިން ނިންމާފައިވަނީ، "މަރްޔަމް ރިޒްނީ ޢަލީ އާއި، ޙައްވާ ރިޒްމާ ޢަލީ އާއި، ޢާއިޝަތު ޝިޒްނ ޢަލީ އާއި، ޔާސިރު ޢަލީ އާއި، އާމިނަތ ރަޝީދާ އަދި ޢާޠިފާ ޢަލީގްހިއްސާ އޮންނަ މާ ހަލް ޓުއާރސް ޕްރައިވެޓް ލިމިޓެޑްގެ ހިއްސާ އ ކުންފުނީގެ ހިންގާ ގަވާއިދާއި، ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު )ޤާނޫނ ނަންބަރު 96/10( އާ ޚިލާފަށް ބަދަލުކޮށްފައިވާކަމަށް ބުނެ، ކުންފުނީގެ ހިއްސާ ބަދަލުކުރި ކުރުން ބޠިލާ ކަމަށް ކަނޑައަޅައިދިނުމަށާއި، ކުންފުނީގެ ހިއްސާގެ އޮނިގަނޑު ކުންފުނީގެ އަސާސީ ގަވާ އިދާއި، ހިންގާ ގަވާއިދު ރަޖިސްޓަރީ ކުރެވުނު ތާރީޚުކަމަށްވާ 17 މެއި 1988 ގައް އެކަށައަޅާފައިވާ ގޮތށަރުޖޫޢަކުރުމަށ މާހަލް ޓުއާރސް ޕްރައިވެޓް ލިމިޓެޑުގެ އިތުރުން، ދައުލަތުގެ ކަމާބެހޭ އިދާރާތަކަށިއަންގާ އަމުރުކޮށްދިނުމަށް އެދި މާހަލް ޓުއާރސް ޕްރައިވެޓް އަދްމިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްއަ ށްރައްދުވ ގޮތަށާ ދިވެހި ދައުލަތުގެ މައްޗަ ށިމަރްޔަމް ރިޒްނީ ޢަލީ އާއި، ޙައްވާ ރިޒްމާ ޢަލީ އާއި، ޢާއިޝަތު ޝިޒްނ ޢަލީ އާއި، ޔާސިރު ޢަލީ އާއި، އާމިނަތު ރަޝީދާ އަދި ޢާޠިފާ ޢަލީ ދަޢުވާކޮށްފައިވާކަމާއި، މި ޤަޟިއްޔާއިން ސިވިލް ކޯޓުގައި ބަލަމުންދާ މައްސަލައިގައި ޙުކުމް ތަންފީޒުކޮށް ނިމެންދެން ނުވަތަ ޝަރުޢީ ކޯޓަކުން އެހެން ގޮތަކަށް އަންގަންދެން މާހަލް ޓުއަރސް ޕްރައިވެޓް ލިމިޓެޑުގެ ޖަލްސާތަކުގައި ވޯޓުދޭއިރު، ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ މީގެ ކުރިންވެސް ހަމަ މި ބީދައިން އިސްތިއުނާފުކުރާ ފަރާތްތަކުން ވަގުތީ އަމުރަކަށް އެދުމުން، ސިވިލް ކޯޓުގެ ނަންބަރު 1/VA/2021/02-CR-B4 "ވަގުތީ އަމުރު" )މާހަލް ޓުއަރސް ޕްރައިވެޓް ލިމިޓެޑުގެ ބަހެއްނެތި( ނެރެފައިވެއެވެ. މި އަމުރު ދިވެހިރާއްޖޭގެ ހައިކޯޓުގައި މާހަ ލ ޓުއަރސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އިސްތިއުނާފުކޮށްފައިވެއެވެ. މި މައްސަލަ ބަލާފައިވަނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރ 2022/HC-A/15 ޤަޟިއްޔާއިންނެވެ. ސިވިލް ކޯޓުގެ މި ވަގުތީ އަމުރުގެ ނިންމުމުގައި އެ ނިންމުމަށް ވާޞިލުވި ސަބަބު ބަޔާންކޮށްފައިނެތމުން، ޤާނޫނުއަސާސީގެ 42 ވޯނ މާއްދާގަ )ހ( އިން ކަށަވަރުކޮށްދީފައިވާ އިންސާފުވެރި ޝަރީޢަތެއް ކުރުމުގެ މައިގަނޑު އުންސުރު ފުރިހަމަނުވާތީ، މި އަމުރު ވަނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރ 2022/HC- A/15 ޤަޟިއްޔާއިން ބާޠިލުކޮށްފައެވެ. 4 ޖުލައި 2022 ގައި އިސްތިއުނާފުކުރާ ފަރާތްތަކުން ހުށަހަޅާފައިވާ "ވަގުތީ އަމުރަށް އެދޭ ފޯމް" )ފޯމި 32( ޤާނޫނު )ޤާނޫނު ނަންބަރ 96/10( 62 ވަން މާއްދާގަ )ހ( އާ އެއްގޮތަށް، އަތް އުފުލައިގެން ވޯޓު ދިނުމަށާއި، އެއާ ޚިލާފަށް މެންބަރުން ގަނެފައިވާ ހިއްސާގެ ނިސްބަތުންވޯޓު ދޭގޮތަށް ހަމަޖައްސަން އޮންނަ އުޞޫލު ބޭނުން ނުކުރުމަށް މާހަލް ޓުއާރސް ޕްރައިވެޓ ލިމިޓެޑަށް އަންގައި އަމުރުކޮށް ވަގުތީ އަމުރެއް ނެރެދިނުމަށް އެދި މަރްޔަމް ރިޒްނީ ޢަލީ އާއި، ޙައްވާ ރިޒްމާ ޢަލީ އާއި، ޢާއިޝަތު ޝިޒްނ ޢަލީ އާއި، ޔާސިރު ޢަލީ އާއި، އާމިނަތު ރަޝީދާ އަދި ޢާޠިފާ ޢަލީގެ ފަރާތުން ހުށަހަޅާފައިވާކަމާއި، މި މައްސަލައިގައި ވަގުތީ އަމުރަށް އެދި ހުށަހަޅާފައިވާ ފޯމާއި ވަގުތީ އަމުރަށް ހުށަހަޅާފައިވާ ޖަވާބާއި ވަގުތީ އަމުރާ ގުޅިގެން ބޭއްވި އަޑުއެހުމުގައި ފާހަގަކޮށްފައިވާ އެންމެހައި ކަންތައްތަކުގެ މައްޗަށް ބިނާކޮށް މި މައްސަލައިގައި ވަގުތީ އަމުރެއް ނެރުމާމެދު ޝަރީޢަތުން ބެލިއިރު އަންނަނިވި ކަންކަން ޝރީޢަތަށަފާހަގަކުރެވއެވެ. )ހ( ފުރަތަމަ ކަމަކީ، މި ޤަޟިއްޔާގައި މީގެ ކުރިން ވަގުތީ އަމުރެއް ނެރެދިނުމަށް އެދި މަރްޔަމް ރިޒްނީ ޢަލީ އާއި، ޙައްވާ ރިޒްމު ޢަލީ އާއި، ޢާއިޝަތު ޝިޒްނ ޢަލީ އާއި، ޔާސިރު ޢަލީ އާއި، އާމިނަތު ރަޝީދާ އަދި ޢާޠިފާ ޢަލީގެ ފަރާތުން ހުށަހެޅުމުން ސިވިލް ކޯޓުގެ ނަންބަރ B4-CR-1/VA/2021/02 ވަގުތީ އަމުރު ނެރެދީފައިވާކަމަށާއި، ނަމަވެސް ދިވެހިރާއްޖޭގ ހައިކޯޓުގެ ނަންބަރ 2022/HC-A/15 ޤަޟިއް ޔާއިނ ސިވިލް ކޯޓުން ނެރެފައިވާ ވަގުތީ އަމުރަކީ ބާޠިލް އަމުރެއްކަމަށް ކަނޑައަޅާފައިވާތީ، ހަމަ އެ މައުޟޫޢުގައި ވަގުތީ އަމުރަކަށް އެދި ސިވިލް ކޯޓަށް ހުށަހެޅޭނެ ޤާނޫނީ އެއްވެސް ޙުއްޖަތެއް ނެތްކަމަށާއި، ރެސް ޖުޑިކާޓާގެ އުސޫލުގެ ދަށުން މި ވަގުތީ އަމުރު ސިވިލް ކޓަށޯ އަލުން ބަލައިގަނެ ކުރިއަށް ނުގެންދެވޭނެކަމަށ މާހަލް ޓުއާރސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ބުނެފައިވާތީ، ރެސް ޖުޑިކާޓާގެ އުސޫލު ހިނގާނެތޯ ބަލާއިރު، މި ޤަޟިއްޔާގައި ދަޢުވާކުރާ ފަރާތްތަކުން ވަގުތީ އަމުރެއް ނެރެދިނުމަށް އެދިފައިވާ ކަންތައްތަކަކީ ސިވިލް ކޯޓުގެ ނަންބަރު B4-CR-1/VA/2021/02 ވަގުތީ އަމުރުގައިވެސް އެދިފައިވު ކަންތައްތަކެއްކަމާއި، އަލުން ވަގުތީ އަމުރަކަށް އެދޭ ހުށަހަޅާފައިވަނީ ސިވިލް ކޯޓުގެ ނަންބަރ 02B4-CR-1/VA/2021/ ވަގުތީ އަމުރު ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2022/HC-A/15 ޤަޟިއްޔާއިން ބާޠިލުކޮށްފައިވާތީކަމާއި، ސިވިލް ކޯޓުން އެއިރު ނެރުނު ވަގުތީ އަމުރު ބާޠިލްކޮށްދިނުމަށް މާހަލް ޓުއާރސް ޕްރައިވެޓް ލިމިޓެޑުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފްކޮށްފައިވާ ނުކުތާތަކަށް ބެލުމުން މާހަލް ޓުއާރސް ޕްރައިވެޓް ލިމިޓެޑުން އެ އަމުރު އިސްތިއުނާފެ ކޮށްފައިވަނީ އިޖުރާއީ ކ ންތައްތަކެއް ފާހަގަކޮށްގެންކަން ދިވެހިރާއްޖޭގެ ހައިކޯޓުގ ޝަރީޢަތް ނިމުނުގޮތުގެ 4 ވަނަ ޕެރެގްރާފުން އެނގޭކަމާއި، ސިވިލް ކޯޓުން އެއިރު ނެރުނު ވަގުތީ އަމުރު ދިވެހިރާއްޖޭގެ ހައިކޯޓުން ބާޠިލުކޮށްފައިވަނީ އެ އަމުރަށް ވާޞިލުވި ސަބަބު އެކަށީގެންވާ މިންގަނޑަށް ބުނެދެވިފައިނުވާތީ، ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ )ހ( އިން ކަށަވަރުކޮށްދީފައިވާ އިންސާފުވެރި ޝަރީޢަތެއް ކުރުމުގެ މައިގަނޑު އުންސުރު ފުރިހަމަނުވާތީކަން ދިވެހިރާއްޖޭގ ހައިކޯޓުގެ ޝަރީޢަތް ނިމުނުގޮތުގެ 18 ވަނަ ޕެރެގްރާފުން އެނގޭކަމާއި، ރެސް ޖުޑިކާޓާގެ މައިގަނޑު މާނައަކީ އިޚްތިޞާޞް ލިބިފައިވާ ކޯޓަކުން ނުވަތަ ޓްރައިބިއުނަލަކުން ވަކި ފަރާތްތަކެއް ހިމެނޭ ވަކި ކަމެއް )ނުވަތަ ކަންތަކެއް( ގެ މައްޗަށް ނިޔާއެއް ކަނޑައަޅައިފިނަމަ، އެ ނިންމުމަކީ، އިސްތިއުނާފް މަރުޙަލާގެ ތެރެއިން އެކަމާމެދު ދަޢުވާ ކުރުމުގެ ބޭރުން، އެ ފަރާތްތަކުން އެ ނިޔާ ކަނޑައެޅު ކަމަކާ )ނުވަތަ ކަންތައްތަކާ( ގުޅިގެން، އެ ފަރާތްތަކުގެ މެދުގައި އަލުން ދަޢުވާ ކުރެވޭނެ ކަމެއް ނޫންކަން ދިވެހިރާއްޖޭގެ ސްޕްރީމްކޯޓުގެ ނަންބަރ 2016/SC-A/25 ޤަޟިއްޔާގެ 12 ވަނަ ޕެރެގްރާފުން އެނގޭކަމާއި، ސިވިލް ކޯޓުން ނުރުނ ވަގުތު އަމުރު ދިވެހިރާއްޖޭގެ ހައިކޯޓުން ބާޠިލްކޮށްފައިވަނީ ވަގުތީ އަމުރު ނެރުމުގައި ޝަރީޢަތުން ޢަމަލުކުރި ގޮތުގައި އޮތް އިޖުރާއީ ގޯހެއްގެ ސަބަބުންކަން ދިވެހިރާއްޖޭގެ ހައިކޯޓުގ ޝަރީޢަތް ނިމުނުގޮތުނ ސާފުކޮށް އެނގެން އޮތްއިރު، އަދި ވަގުތީ އެ މުރުގެ މައުޟޫޢުއާމެދ ދިވެހިރާއްޖޭގު ހައިކޯޓުން ގޮތެއް ކަނޑައަޅާފައިނުވާހިނދު، ރެސް ޖުޑީކާޓާގެ އުޞޫލު ތަޠުބީޤުކޮށްފިނަމ ޤާނޫނުއަސާސީގަ 42 ވަނަ މާއްދާގެ )ހ( ގައި ކަށަވަރުކޮށްދީފައިވާ އިންސާފުން ޝަރީޢަތްކުރެވުމުގެ ޙައްޤަށް އުނިކަން އަންނާނެކަމެވެ. )ށ( ދެވަނަ ކަމަކީ، މި ދައުވާއަކީ މާހަލް ޓުއާރސް ޕްރައިވެޓް ލިމިޓެޑުގެ ހިއްސާތައް ބަދަލުކޮށްފައިވަނީ އެކުންފުނީގެ ހިންގާ ގަވާއިދާއި، ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު )ޤާނޫނ ނަންބަރު 96/10( އާ ޚިލާފަށް ކަމަށް ކަނޑައަޅައިދިނުމަށް އެދަ ހުށަހަޅާފައިވި ޤަޟިއްޔާއެއްކް މާއި، ވަގުތީ އަމުރަކަށް އެދި ހުށު ހަޅާފައިވަނީ މިހާރު އެ ކުންފުނީގެ ހިއްސާތައ އެކަށައަޅާފައިވަނީ ކުންފުނީގެ ހިންގާ ގަވާއިދާއި ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު )ޤާނޫނ ނަންބަރު 96/10 ( އާ ޚިލާފަށްކަމަށް ދައުވާކުރާ ފަރާތްތަކުން ޤަބޫލުކުރާހިނދު، މިހާރު ހިއްސާތައ އެކަށައަޅާފައިވާ ގޮތުގައް އޮވެ ކުންފުނީގެ ހިއްސާދާރުންގެ ޖަލްސާގައި ހިއްސާގެ ނިސްބަތުން ވޯޓު ލައިފިނަމަ ޤާނޫނާއި ގަވާއިދާއި ޚިލާފަށް އެކަށައެޅިފައިވާ ހިއްސާގެ ނިސްބަތުން ވޯޓު ލައިގެން ކަންކަން ނިންމުމުގެ ފުރުޞަތު އޮންނާނެތީ އާއި އ ފަދައިން ވޯޓު ލައިގެން ނިންމާ ނިންމުމަކީ ބަދަލު ގެނެވޭނެ ނިންމުމަކަށް ނުވާނެތީކަނ ވަގުތީ އަމުރަށް އެދި ހުށަހެޅި ފޯމުން އެނގޭކަމެވެ. )ނ( ތިންވަނަ ކަމަކީ، ކުންފުންޏެއް ހިންގުމާ ގުޅޭ ކަންކަމާމެދު ގޮތް ކަނޑައެޅުމުގެ ބާރު ކޯޓުތަކަށް ލިބިދީފައިވަނީ ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު )ޤާނޫނ ނަންބަރު 96/10( ގެ 73 ވަން މާއްދާގަ ދަށުންކަމާއި، ޤާނޫނުގައި ކޯޓށަ ދީފައިވާ ބާރުގެ ބޭރުން ކުންފުނީގެ ހިންގުން ވަކި ގޮތަކަށްކުރިއަށ ގެންދިޔުމަށް އެންގުމަކީ ކުންފުނި ހިންގުމުގެ މަސައްކަތުގެ ތެރެއަށް ކޯޓުން ވަނުމުގެ ގޮތުގައި ބެލެވިދާނެކަމެއްކަމާއ، ދައުވާކުރާ ފަރާތްތަކުންވަގުތީ އަމުރަކަށް އެދިފައިވަނީ ކުންފުނީގެ އަޣުލަބިއްޔަތު ހިއްސާ މިހާރު އޮތް ފަރާތްތަކުން ނިންމަފާނ ނިންމުމެއްގެ ސަބަބުން ކުންފުންޏަށް ގެއްލުން ލިބިދާނެކަ މަށ ބެލެވިގެން ދިމާވެދާނެކަމކަށު ދުރާލާ ފަރުވާ ހޯދުމަށްކަމަށްވާއިރު، މިއީ ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު )ޤާނޫނ ނަންބަރު 96/10 ( ގެ 73 ވަނަ މާއްދާގައި ބަޔާންކޮށްފައިވާފަދަ ހާލަތެއް ނޫންކަމާއި، އެފަދަ ހާލަތެއް ނެތި ކުންފުނީގެ ހިންގުން ވަކި ގޮތަކަށް ގެންދިއުމަށް އެންގުމުގެ ބާރު ކޯޓަށް ލިބިގެންނުވާކަމެވެ. )ރ( ހަތަރުވަނަ ކަމަކީ، ދައުވާކުރާ ފަރާތްތަކުންއެދިފައިވާ ފަދަ ވަގުތީ އަމުރެއް ނެރެދީފައިނަމަ، މައުޟޫއީ ދައުވާގައި ގޮތް ކަނޑައެޅުމުގެ ކުރިން ވަގުތީ އަމުރު މެދުވެރިކށަކުންފުނީގ ހިއްސާދާރުންގެ ޖަލްސާތަކުގައ ގޮތި ނިންމުމުގެ ބާރު ލިބިގެންދާނެކަމާއި، މިއީ ކުންފުނި މިހާރު އޮތް ހާލަތުގައި ބޭއްވުމުގެ ބަދަލުގައި ވަގުތީ ފަރުވާއެއް މެދުވެރިކޮށް ކުންފުނީގެ ކަންކަން އެހެން ގޮތަކަށް ބަދަލުކުރުމަށް ދެވޭނެ ޖާގައެއްކަމަށް ބެލެންވެން އޮތްކަމެވެ. އިސްވެ ފާހަގަކުރެވުނު ނުކުތާތަކށަ ރިޢާޔަތްކޮށް، މަރްޔަމް ރިޒްނީ ޢަލީ އާއި، ޙައްވާ ރިޒްމާ ޢަލީ އާއި، ޢާއިޝަތު ޝިޒްނ ޢަލީ އާއަ،ޔާސިރު ޢަލީ އާއި، އާމިނަތު ރަޝީދާ އަދި ޢާޠިފާ ޢަލީ އެދިފައިވާ ގޮތަށް މި ހިނދުގައި ވަގުތީ އަމުރެއް ނެރެދެވެން ނެތްކަމށަ ކަނޑައަޅައިފީމެވެ." މިފަދައިންނެވެ.
އިސްތިއުނާފު ކުރުމަށް ހުށަހެޅި ނުކުތާތައް
6ސިވިލް ކޯޓުގެ ނަންބަރ 144-B5/VN/2022/03 "ވަގުތީ އަމުރާމެދު ނިންމި ގޮތް" ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއެއްގޮތް ނުވާކަމަށެ ބުނެއ ނިންމުން އިސްތިއުނާފުކުރުމަށ އެދޭ އިސްތިއުނާފުކުރި ފަރާތްތަކުން ހުށަހަޅާފައިވަނީ އަންނަނިވ 03 ނުކުތާއެވެ. އެގޮތުން ހުށަހަޅާފައިވާ ނުކުތާތަކަކީ:
71 ވަގުތީ އަމުރަށް އެދިފައިވާ ސަބަބަކީ ޤާނޫނު ނަންބަރު 96/10 )ކުންފުންޏާބެހޭ ޤާނޫނު(ގެ 73 ވަނަ މާއްދާގެ ދަށުނ އަމުރެއް ނެރެދެވޭނެ ސަބަބެއްނޫންކަމަށް ކަނޑައެޅުމުގައި ޤާނޫނު ނަންބަރު 96/10 )ކުންފުންޏާބެހޭ ޤާނޫނު(ގެ 73 ވަނީ މާއްދާ މާނަކޮށް މައްސަލައަށް ތަޠުބީޤު ކޮށްފައިވަނު އެ މާއްދާގެ ނައްސާއި، ޤާނޫނު ނަންބަރ 2011/4 )މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނު(ގެ 12 ވަނި މާއްދާގަ )ށ(އެއާ ޤާނޫނު ނަންބަރު 2010/13 ) ދިވެހިރާއްޖޭގ ފަނޑިޔާރުންގެ ޤާނޫނު(ގ 5 ވަނަ މާއްދާއާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާއާއި،
7.2 ވަގުތީ އަމުރަށް އެދުނު ފަރާތަށް ލިބިދާނެ ގެއްލުން ބަޔާންކުރުމުގެ ގޮތުން ހުށަހަޅާފައިވާ ކިތާބީ ހެކިތަކާ ގުޅިގެން ފާހަގަކުރު އެންމެހައިކަންކަމަށް ރިޢާޔަތްކުރުމެއްނެތި، ވަގުތީ އަމުރާމެދު ގޮތެއް ނިންމާފައިވަނީ، ޤާނޫނުއަސާސީން ކަށަވަރުކޮށްދޭ އިންސާފުވެރި ޝަރޭ ޢަތުގެ ޙައްޤަށް އުނިކަނ ލިބް ގޮތަށް އަދި ޤާނޫނު ނަންބަރ 2010/13 ) ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު(ގ 5 ވަނަ މާއްދާއާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާއާއި،
7.3 ވަގުތު އަމުރު ނެރެދޭނެ ތަނެއް ނެތް ކަމަށް ކަނޑައަޅާފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރ 2012/SC-A/21 އެންޓި ކޮރަޕްޝަން ކޮމިޝަން ވ. ނެކްސްބިޒް ލިމިޓެޑް ޤަޟިއްޔާއިން ކަނޑައަޅުއްވާފައިވާ އުޞޫލުތަކާއި ވަގުތީ އަމުރާ ގުޅޭ ގޮތުން މަތީ މަރުޙަލާގެ ކޯޓުތެ ކުގެ ނިންމުންތަކުން ކަނޑައެޅިފައިވާ އުޞޫލުތަކެއް ރިޢާޔަތްކުރުމެއްނެތ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ )ރ( އާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
7. ފުރަތަމް އިސްތިއުނާފަ ނުކުތާ ތަފްޞީލުކުރަމުން އިސްތިއުނާފުކުރާ ފަރާތްތަކުނ ބުނެފައިވަނީ ސިވިލް ކޯޓުގެ ނިންމުމުގައި އިސްތިއުނާފުކުރާ ފަރާތްތަކުން ވަގުތީ އަމުރަކަށް އެދިފައިވަނީ ކުންފުނީގެ އަގުލަބިއްޔަތު ހިއްސާ މިހާރު އޮތް ފަރާތްތަކުން ނިންމަފާނ ނިންމުމެއްގެ ސަބަބުން ކުންފުންޏަށް ގެއްލުމެއް ލިބިދާނެކަމަށް ބެލެވިގެން ދިމާވެދާނެ ކަމކަށު ދުރާލާ ފަރުވާ ހޯދުމަށކަމަށްވާއިރު، އެއީ ކުންފުންޏާބެހޭ ޤާނޫން ގެ 73 ވަނި މާއްދާގައި ބަޔާންކޮށްފައިވާ ޙާލަތެއްނޫންކަމާއި، އެފަދަ ޙާލަތެއްނެތި، ކުންފުނީގެ ހިންގުން ވަކި ގޮތަކަށް ގެންދިޔުމަށް އެންގުމުގެ ބާރު ކޯޓަށް ލިބިގެންނުވާކަމަށް ވަގުތީ އަމުރާމެދު ނިންމު ގޮތުގެ )ނ( ގައި ބަޔާ ންކޮށްފައިވާކަމަށެވެ. މި މާއްދާގެ އިބާރާތަށް ބަލާއިރު، މި މާއްދާ ބޭނުންކުރެވޭނީ، ކުންފުނީގެ މެންބަރަކަށް ނުވަތަ މެންބަރުންތަކަކަށްކަމާއި، މި މާއްދާގެ ދަށުން ކޯޓުގެ އަމުރަކަށް އެދެވެނީ، އެއިން ފަރާތެއްގެ މަޞްލަޙަތަށް ނުވަތް ޙައްޤަކަށް އުނިކަމެއް ލިބުމުން ން ވަތަ ކުންފުނި ހިނގަމުންދާ ގޮތެއްގެ ސަބަބުނ އެއިން ފަރާތެއްގެ މަޞްލަޙަތަށް ނުވަތަ ޙައްޤަކަށް އުނިކަމެއް ލިބުމުގެ އިހުތިމާލު އޮންނަ ޙާލަތުގައިކަން ސާފުކޮށ އެނގެން އޮންނަކަމުގް އ ބަޔާންކޮށްފައިވެއެވެ. އިސްތިއިނާފުކުރާ ފަރާތްތަކުން ވަގުތީ އަމުރަކަށް އެދިފައެވަނީވެސް، މިހާރު ކުންފުނީގެ ހިއްސާގެ ނިސްބަތުން ވޯޓު ލެވޭ ގޮތަށް އޮވެ، މައުޟޫއީ މައްސަލައިގައް އިސްތިއުނާފުކުރާ ފަރާތތަކުނި އެދިފައިވާ ގޮތަށް ނިމިގެންދާއިރު، ޤާނޫނާ ޚިލާފަށް ހިއްސާގެ މިލްކުވެރި ފަރާތުގާ ގޮތުގައެ ކަނޑައެޅިފައިވާ ފަރާތްތަކުން ނިންމާ ނިންމުންތަކުގެ ސަބަބުން، މައުޟޫއީ މައްސަލައިގައ ކުރުޙް ކުމުގެ ބާރު ކެނޑި، އޭގެ ސަބަބުން، އިސްތިއުނާފުކުރާ ފަރާތްތަކާއި އަދި ކުންފެ ންނަށްވެސ ގެއްލުންތަކެއ ވާން ކަމުގައި ދެކިގްން ކމުގައަ އިސްތިއުނާފުކުރި ފަރާތްތަކުނ ބުނެފައިވެއެވެ. އިސްތިއުނާފުކުރާ ފަރާތްތަކުނ ވަގުތީ އަމުރަކަށް އެދިފައިވަނީ ކުންފުންޏާބެހޭ ޤާނޫނު ގެ 73 ވަނަ މާއްދާގައި ބަޔާންކުރާ ޙާލްތެއްގައިކަމަށް އ، އެފަދަ ޙާލަތެއް ގައި ކުންފުނީގެ ކަންކަން ވަކިގޮތަކަށް ހިންގުމަށް އަމުރުކުރުމުގެ ބާރު ޤާނޫނުގެ ސަރީހަ ނައްސުން ލިބިދީފައިވާއިރު، އެފަދަ ޙާލަތެއް ނެތްކަމަށް ކަނޑައަޅާފައިވަނީ އެ މާއްދާއާ ޚިލާފަށް ކަމުގައި ދެކޭ ކަމަށާއި، މިފަދައިން ސިވިލް ކޯޓުން ކަނޑައެޅުމުގައި ޤާނޫނުތަކުން ކޯޓަށް ލިބިދީފައިވާ ބާރާއި، އެ މާއްދާއިން ކުންފުނީގެ މެންބަރީންނަށް ލިބިދޭ ހިމާޔަތް އެއްފަރާތު ކޮށްފައިވަނީ، ޤާނޫނު އެއްފަރާތްކުރުމަށްފަހު ކަމުން، މއ ފަނޑިޔާރުންގެ ޤާނޫނު ގެ 5 ވަނަ މާއްދާގެ )ހ ( އާ ޚިލާފަށް ނިންމާފައިވާނިންމުމެއކަމުގައި އިސްތިއުނާފުކުރް ފަރާތްތަކުން ބުނެފައިވެއެވެ.
8ދެވަނަ އިސްތިއުނާފީ ނުކުތާގެ ތަފީ ޞީލުގައ އިސްތިއުނާފުކުރި ފަރާތްތަކް ނ ބުނެފައިވަން އިސްތިއުނާފުކުރި ފަރާތްތަކުން ވަގުތީ އަމުރަށް އެދި ހުށަހެޅ ހުށަހެޅުމުގައަ އެ އަމުރަށް އެދުނު ސަބަބުތަކާއި، އަމުރު ނެރެނުދީފިނަމަ، އެ ފަރާތްތަކަށް ލިބިގެންދާނެ ގެއްލުންތަކާއި ގުޅޭ ގޮތުނު ވަގުތީ އަމުރާއި ގުޅިގެން ހުށަހެޅި ކަންކަމާއި، އެކަމަށް ބާރުދޭ ގޮތަށް ހުށަހެޅި ކިތާބީ ހެކިތަކަށް އަމުރާ މެދު ގޮތެއް ނިންމުމުގައި ފަނޑިޔާރު ރިޢާޔަތްކުރިގޮތ އެނގެން ނެތްކަމަށެވެ. މިގޮތުން ސިވިލް ކޯޓުގެ ނަންބަރު 1073/Cv-C/2020 ޤަޟިއްޔާގައި މިހާރު ކުންފުނި ކޮންޓްރޯލްކުރާ ހިއްސާދާރުން ޤާނޫނާއި ޚިލާފަށް ކޮށްފައިވާ ގިނަ ކަންކަން ސާބިތުވެފައިވާއިރު، އެ ޙުކުމް އެގޮތަށް އައިސްފައިވުމުން، އެ ޙުކުމް ތަންފީޛުކުރުމުގެ ގޮތުން ކުރަންޖެހޭ ކަންކަމަކީ އާންމު ޖަލްސާގައާ ކުރަންޖެހޭ ކަންކަން ކަމުގައިވާއިރު، މިހާރު ކުންފުނި އޮތް ޙާލަތުގައި، ކުންފުނީގެ ސައްހަނޫނ އޮނިގަނޑެއް އޮވެފައި، އަދި އޭގެ މައްޗަށް އާންމު ޖަލްސާއިން ވޯޓު ދީގެން ނިންމި ބޮޑެތި ކަންތައްތަކުގެ ނަތީޖާއެއްގެ ގޮތުން އޭގެ ތެރެއިން ތިންވަނަ ފަރާތެއްގެ ޙައްޤު ވަނި މަކ ނުވެނުދާނެކަމެއްކަމާއި، އެފަދަ ޙާލަތުގައި އެކަމުން އިހު ހުރި ގޮތަށް ރުޖޫޢަކުރުމަކީ ގެންލުންބޮޑު އަދ ބައެއް ޙާލަތުގައި މުސްތަހީލު ކަމަކަށް ވެގެން ހިނގައިދާނެކަމެއ ކަމުގައް އިސްތިއުނާފުކުރި ފަރާތްތަކުނ ބުނެފައިވެއެވެ. ވަގުތީ އަމުރަށް ހުށަހެޅި ފޯމުގައަ ވެސް، "ވަގުތީ އަމުރު ނެރެދިނުމަށް ބާރުދޭ ހެކި ނުވަތަ ހެކިތައް" ގެ ދަށުން ޖުމްލަ 15 ޑޮކިއުމަންޓް ހުށަހަޅާފައި އޮތްނަމަވެސް، ވަގުތީ އަމުރާމެދު ގޮތެއް ނިންމާފައިވަނީ ހުށަހަޅާފައިވާ ހެކިތަކަށް ރިޢާޔަތްނުކޮށް ކަމުގައި އިސްތިއުނާފުކުރާ ފަރާތްތަކުނ ބުނެފައިވެއެވެ.
9ތިންވަނައިސްތިއުނާފީ ނުކުތާގެ ތަފްޞލުގައ އިސްތިއުނާފުކުރި ފަރާތްތަކުނ ބުނެފައިވަނީ ވަގުތު އަމުރެއް ނެރުމުގައި ކޯޓުން ރިޢާޔަތްކުރަންޖެހޭ މައިގަނޑު މަސްދަރަކީ ޤާނޫނު ނަންބަރ 2021/32 )މަދަނީ މި ޤަޟިއްޔާއިން މައްސަލަ ނިންމާފައިވަނީ 30 މެއި 2022 ގައި. އިޖުރާއަތުގެ ޤާނޫނު( އާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރ 2012/SC-A/21 ނެކްސްބިޒް ލިމިޓެޑް )އޮސްޓްރޭލިއާ( ވ. އެންޓި ކޮރަޕްޝަން ކޮމިޝަން ޤަޟިއްޔާކަމާއި، މިގޮތުން ޤާނޫނު ނަންބަރު 2021/32 )މަދަނީ އިޖުރާއަ ތުގެ ޤާނޫނު(ގ 242 ވަނަ މާއްދާގެ )ށ(ގެ 1 ވަނަ ނަންބަރުގެ ދަށުން ވަގުތީ އަމުރެއް ނެރެދިނުމަކީ ކޯޓަށް ލިބގ ންވާ އިޚްތިޔާރީ ބާރެއް ކަމަށްވާއިރު، ދިވެހިރާއްޖޭގު ސުޕްރީމް ކޯޓުގެ ނަންބަރ2012/SC-A/21 ނެކްސްބިޒް ލިމިޓެޑް )އޮސްޓްރޭލިއާ( ވ. އެންޓި ކޮރަޕްޝަން ކޮމިޝަން ޤަޟިއްޔާއިން ކަނޑައަޅުއްވާފައިވ އުޞޫލަށް )ދަށު ކޯޓުގު ނިންމުމުގައި( ރިޢާޔަތްކޮށްފައިވާގޮތެއ އެނގެން ނެތްކަމުގައި އިސްތިއުނާފުކުރާ ފަރާތްތަކުން ބުނެފައިވެއެވެ. އިސްތިއުނާފުކުރާ ފަރާތްތަކަކީ ކުންފުނީގެ ހިއްސާދާރުންގެ ހައިސިއްޔަތުން ވަގުތީ އަމުރަށް އެދުމުގެ ސިފަތާއި ހައިސިއްޔަތު ލިބިގެންވާ ބައެއްކަމާއި، ކުންފުނީގެ ހިއްސާގެ އޮނިގަނޑު ކުރިން އޮތް ސައްހަ ގޮތަށް ރުޖޫޢަކޮށް، ޤާނޫނާ ޚިލާފަށް ހިއްސާއަށް ގެނެވިފައިވާ ބަދަލުތައް ބާޠިލުކޮށް، ކުންފުނީގެ އަސާސީ ގަވާއިދާއި ހިންގާ ގަވާއިދާއި ކުންފުންޏާބެހޭ ޤާނޫނާއި އެއްގޮތަށް ކުންފުނީގެ ސައްޙަ ހިއްސާގެ ނިސްބަތުން ވޯޓު ދީގެން ކުންފުނީގެ ކަންކަން ނިންމުމުގެ ޙައްޤު ކުންފުނީގެ އާންމު ޖަލްސާ ތަމްސީލުކުރާ ހިއްސާދާރުންނަށް ލިބިދިނުމަކީ މި މައްސަލައިގެ ޙު ކުމާއިއެކު ހިމާޔަތް ލިބިގެންދާނެ ޤާނޫނީ ޙައްޤުތަކާއި، އިސްތިއުނާފުކުރާ ފަރާތްތަކުން އެދިފައިވާ ގޮތަށް އަމުރު ނެރެނުދިނުމުން އިސްތިއުނާފުކުރާ ފަރާތްތަކަށާއި ކުންފުންނަށް އޭގެ ޒާތުގައި ތަދާރުކު ނުކުރެވޭނެ ގެއްލުންތަކެއްވުމުގެ އިހުތިމާލު އެބައޮތް ކަމުގައި އިސްތިއުނާފުކުރާ ފަރާތްތަކުން ބުނެފައިވެއެވެ.
10އިސްތިއުނާފުކުރަ ފަރާތްތަކުން އެދިފައިވަނީ މަތީގައި ބަޔާންކޮށްފައިވާ އެންމެހާ ކަންކަމށ ރިޢާޔަތްކޮށްދެއްވައި ސިވިލް ކޯޓުގެ ނަންބަރު 144-B5/VN/2022/03 ވަގުތު އަމުރާމެދު ނިންމަވާފައިވާ ނިންމެވުން ބާޠިލްކަމަށް ކަނޑައަޅުއްވައި ދެއްވައި، ސިވިލް ކޯޓުގެ ނަންބަރ 134/Cv-C/2021 ޤަޟިއްޔާއިން ސިވިލް ކޯޓުން ބަލަމުންދާ މައްސަލައިގައި ކުރެވޭ ޙުކުމް ތަންފީޒުކޮށް ނިމެންދެން، ނުވަތަ ޝަރުޢީ ކޯޓަކުން އެހެނ ގޮތަކަށް އަންގަންދެން، މާހަލް ޓުއަރސް ޕްރައިވެޓް ލިމިޓެޑުގެ ޖަލްސާތަކުގައި ވޯޓު ދޭއިރު، ޤާނޫނު ނަންބަރު 96/10 )ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު( ގެ 62 ވަނަ މާއްދާގެ )ހ( އާއި އެއްގޮތަށް، އަތް އުފުލައިގެން ވޯޓު ދިނުމަށާއި، އެއާއި ޚިލާފަށް މެންބަރުން ގ ނެފައިވާ ހިއްސާގެ ނިސްބަތުން ވޯޓު ދޭގޮތަށް ހަމަޖައްސަން އޮންނަ އުޞޫލު ބޭނުން ނުކުރުމަށް މާހަލް ޓުއަރސް ޕްރައިވެޓ ލިމިޓެޑަށް އަންގާ އަމރުކޮށްދިނުމަށްކަމަށެވެ.
އިސްތިއުނާފީ ނުކުތާތަކުގެ ރައްދު
11ފުރަތަމަ އިސްތިއުނާފީ ނުކުތާގެ ޖަވާބުގައިއިސްތިއުނާފ ރައްދުވާ ފަރާތުނ ފާހަގަކޮށްފައިވަނީ ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނ ގެ 73 ވަން މާއްދާގަ ނައްސަށް ބަލާއިރު، މިފަދަ އަމުރެއް ނެރެދެވޭނީ ހުށަހަޅާ ފަރާތުގެ މަޞްލަޙަތަށް ނުވަތަ ޙައްޤަށް އުނިކަމެއީ ލިބުމުންކަނ އެނގެން އޮންނަކަމީއި، މި ނުކުތާ ބިނާވަނާ މާޒި ގައި ކަން ހިނގާފައިވާ ކަމެއްގެ މައްޗަށްކަން އެނގެން އޮންނަކަމާއި، އަދި "ކުންފުނީގެ ކަންކަން ކުރިއަށްގެންދަނީ މަޞްލަޙަތަށް ނުވަތަ ޙައްޤަށް އުނިކަން އަންނަ ގޮތަށްނަމަ" މި އިބާރާތުގައި ބަޔާންކޮށްފައިވަނީ އެއިރަކު ކުންފުނީގެ ފަރާތުން ކުރާ ކަމެއްގެ މައްޗަށް ބިނެ ކޮށްކަމާއި، މި ނުކުތާ ބިނާވަނީ މިހިނދު ހިނގަމުންދާ ކަމެއްގެ މައްޗަށްކަން އެނގެން އޮންނައިރު، މައުޟޫއީ ޙުކުމް އައިސްދާނ ގޮތެއްގެ މައްޗަށެބިނާކޮށް، އަދި މުސްތަޤުބަލުގައި ވެދާނެކަމެއްގެ މައްޗަށް ބިނާކޮށް، އެ މާއްދާގެ ދަށުން އަމުރެއް ނެރެދެވޭނ ޤާނޫނެ ހަމައެއް ނެތްކަމުގައި އިސްތިއުނާފު ރައްދުވާ ފަރާތުނު ބުނެފައިވެއެވެ. ކުންފުންޏާބެހޭ 13 12 ޤާނޫނ ގެ 73 ވަނަ މާއްދާ ސާފުކޮށް އޮތްއިރު، މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނު ގެ 12 ވާނަ މާއްދާގަ ދަށުން މި މާއްދާ އިތުރަށް މާނަކުރަން ޖެހޭނެކަމަށް ނުދެކޭކަމާއި، ވަގުތީ އަމުރާމެދު ގޮތެއް ކަނޑައެޅުމުގައި ދަށު ކޯޓުން ޤާނޫނަށް ރިޢާޔަތްކޮށް، ކުންފުންޏާބެހޭ ޤާނޫނު ގެ 73 ވަނަ މާއްދާ މި މައްސަލައަށް ތަޠުބީޤުކޮށް އޭގެ ނަތީޖާ ބަޔާންކޮށްފައިވާކަމާއި، ކުންފުންޏާބެހޭ ޤާނޫނ ގެ 62 ވަނަ މާއްދާއިން ލިބިދީފައިވާ ޙައްޤަކީ އެ ކުންފުނީގެ 10 އިންސައްތައަށްވުރެ އިތުރަށް ހިއްސާ ތަމްސީލުކުރާ ހިއްސާދާރުންނަށް ލިބިދީފައިވާ ހައްޤެއްކަން އެނގޭއިރު، އެ ޙައްޤު ހިފެހެއްޓުމަށް މާހަލް ޓުއް ރސާޕްރައިވެޓ ލިމިޓެޑްގެ މައްޗަށް ހުށަހެޅޭނެ ޤާނޫނީ ހަމައެއް ނެތްކަމުގައި އިސްތިއުނެފ ރައްދުވު ފަރާތުނ ބުނެފައިވެއެވެ.
12އިސްތިއުނާފީ ދެވަނަ ނުކުތާގެ ރައްދުގައި އިސްތިއުނާފީ ރައްދުވު ފަރާތުނި ބަޔާންކުރަނަމ މައްސަލައިގައި އިސްތިއުނާފުކުރާ ފަރާތްތަކުނ 15 ހެކި ހުށަހެޅިކަމިއި، ނަމަވެސް އެ ހެކިތަކަށް ރިޢާޔަތްކޮށްފައިނުވާކަމުގައާ އެ ފަރާތުން ބަޔާންކޮށްފައާވާއިރު، އެ ހެކް ތަކަކީ ކޮބައިކަމިއި، އަދި އެ ހެކިތަކުން އެދިފައިވާ ވަގުތީ އަމުރަށް ކުރާ އަސަރަކީ ކޮބައު ކިން އިސްތިއުނާފު ފޯމުގައިވެސް ބަޔާންކޮށްފައިނުވާކަމާއި، އަދި ވަގުތީ އަމުރު ނެރެދެވެން ނެތްކަމުގައި ކަނޑައަޅާފައިވާ ސަބަބުތަކުގެ ތެރެއިން އެއްވެސް ސަބަބެއް ނަފީކުރާނެ ލާ ޔެކިޔުމެއ އިސްތިއުނާފުކުރާ ފަރާތްތަކުން ހުށަހެޅި ލިޔެކިޔުންތަކުގެ ތެރޭގައި ނުހިމެނޭކަމުގައި އިސްތިއުނާފ ރައްދުވު ފަރާތުން ބަޔާންކުރެއެވެ.
13އިސްތިއުނާފީ ރައްދުވު ފަރާތުން އެދިފައިވަނީ ސިވިލް ކޯޓުގެ ނަންބަރު 144-B5/VN/2022/03 ވަގުތީ އަމުރާމެދު ނިންމިގޮތް ބާޠިލްކުރާނެ ޤާނޫނީ ހަމައެއް ނެތްކަމުގައި ކަނޑައަޅައި ޙުކުމްކޮށް ދިނުމަށެވެ.
ވަގުތީ އަމުރު ނެރުމާގުޅޭ އުޞޫލުތައް
14HN1ވަގުތީ އަމުރު ނެރުމުގައި ޢަމަލުކުރާނެ އުޞޫލުތައް ޤާނޫނު ނަންބަރު 2021/32 )މަދަނީ އިޖުރާއަތުގެ ޤާނޫނު(ގައި ބަޔާންކުރެއެވެ. ވަގުތީ އަމުރަކީ ކޯޓަށް ހުށަހެޅިފައިވާ ދަޢުވާއެއްގައި ކޯޓުން ގޮތެއް ކަނޑައެޅުމުގެ ކުރިން ވަގުތީ ފަރުވާއެއް ހޯދައިދިނުމުގެ ގޮތުން ނުވަތަ ވަގުތީ ރައްކާތެރިކަމެއް ހޯދައިދިނުމުގެ ގޮތުން ކޯޓުން ނެރެދޭ ފަރުވާގެ އަމުރެކެވެ. މިގޮތުން ވަކް ކަމެއް ކުރުމަށް އަންގައި ކުރާ ވަގުތީ އަމުރެއް ނުވަތަ ވަކި ކަމެއް ނުކުރުމަށް އަންގައި ކުރާ ވަގުތީ އަމުރެއް ކޯޓުނ ނެރެވިދާނެކަމުގައ މި ޤާނޫނުގި 242 ވަނަ މާއްދާގެ )ށ(ގ 1 ވަނަ ނަންބަރާއި 2 ވަނަ ނަންބަރުގައި ކަނޑައަޅާފައިވެއެވެ.
15HN2ވަގުތު އަމުރެއް ނެރުމުގައި ކޯޓުން ބަލަންޖެހޭ ޝަރުޠުތައް ތަފްޞީލުކޮށްފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރ 2012/SC-A/21 ނެކްސްބިޒް ލިމިޓެޑް )އޮސްޓްރޭލިއާ( ވ. އެންޓި ކޮރަޕްޝަން ކޮމިޝަން ޤަޟިއްޔާގައެވެ. މިގޮތުން މައްސަލައެއްގައި ވަގުތީ އަމުރު ނެރުމުގައި ފުރިހަމަވެފައިވޭތޯ ބަލަންޖެހޭ އާންމު ތިން ޝަރުތެއް މި ޤަޟިއްޔާގައި ބަޔާންކޮށްފައިވެއެވެ. އެ ޝަރުޠުތަކަކީ:
1. ވަގުތީ އަމުރަށް އެދޭ ފަރާތަކީ، އެފަދަ އަމުރަކަށް އެދުމުގެ ސިފަތު ނުވަތަ ހައިސިއްޔަތު ޤާނޫނީ ގޮތުން ލިބިގެންވާ ފަރާތަކަށްވުމާއި،
2. ވަގުތީ އަމުރަށްއެދޭ ފަރާތަށް، ޤާނޫނީ ގޮތނު ހިމާޔަތް ލިބެންޖެހޭ މައުޟޫއު ޙައްޤެއް ނުވަތަޤާނޫނީ މަރުކަޒެއް އޮތުމުގެ އިހުތިމާލު ފާޅުކަން ބޮޑު ގޮތެއްގައި ޤާއިމުވެގެންވުމާއި،
3. ވަގުތީ އަމުރު ނެރުމަކާ ނުލައި އަސްލު މައުޟޫއަ ދަޢުވާ ލަސްވެގެން ހިނގައްޖެނަމަ، ތަދާރުކުނުކުރެވޭ ގެއްލުމެއް ނުވަތަ ކުރިމަތިވެދާނެ ނުރައްކަލެއް އޮތުމެވެ.
16ވަގުތީ އަމުރަށް އެދުމުގެ ހައިސިއްޔަތު އިސްތިއުނާފުކުރާ ފަރާތްތަކަށް ލިބިފައިވޭތޯ ބަލާއިރު، އިސްތިއުނާފުކުރާ ފަރާތްތަކަކީ މާހަލް ޓުއަރސާޕްރައިވެޓް ލމިޓެޑްގި ހިއްސާދރުންކަން އެނގެއެވެ. ވުމާއެކު، ހިއްސާދާރުންގެ ހައިސިއްޔަތުން މާހަލް ޓުއަރސް ޕްރައިވެޓް ލިމިޓެޑްއާ ގުޅުމެއް އޮތްކަން އަދި އިސްތިއުނާފުކުރާ ފަރާތްތަކަށް ޤާނޫނީ ހައިސިއްޔަތެއް ލިބިފައިވާތީ، މައުޟޫއީ ދަޢުވާގެ ތެރެއިން މާހަލް ޤާނޫނު ނަންބަރު 2021/32 )މަދަނީ އިޖުރާއަތުގެ ޤާނޫނު(ގެ 242 ވަނަ މާއްދާގެ )ހ( ސިވިލް ކޯޓަށް ޑޮކިއުމެންޓް 02 ގޮތުގއަ ހުށަހެޅި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޕްމަންޓްގ ކުންފުނި ޕްރޮފައިލް އިންފޮމޭޝަން ޝީޓް. ޓުއަރސް ޕްރައިވެޓް ލިމިޓެޑްގެ ޖަލްސާތަކުގައި ވޯޓުދޭއިރު، ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު )ޤާނޫނު ނަންބަރ 96/10(ގެ 62 ވަން މާއްދާގަ )ހ(އާ އެއްގޮތަށް، އަތް އުފުލައިގެން ވޯޓު ދިނުމަށާއި، އެއާ ޚިލާފަށް މެންބަރުން ގަނެފައިވާ ހިއްސާގެ ނިސްބަތުން ވޯޓު ދޭގޮތަށް ހަމަޖައްސަނު އޮންނަ އުޞޫލު ބޭނުންނުކުރުމަށ މާހަލް ޓުއަރސް ޕްރައިވެޓް ލިމިޓެޑަށް އެންގުމަށް ވަގުތީ އަމުރަކަށް އެދުމުގެ ސިފަތު ނުވަތަ ހައިސިއްޔަތު އިސްތިއުނާފުކުރާ ފަރާތްތަކަށް ލިބިފައިވެއެވެ.
17HN3ވަގުތީ އަމުރަށް އެދޭ ފަރާތަށް ޤާނޫނީ ގޮތނު ހިމާޔަތް ލިބެންޖެހޭ މައުޟޫއަޙައް ޤެއް ނުވަތުޤާނޫނީ މަރުކަޒެއް އޮތުމުގެ އިހީ ތިމާލު ޤާއިމުވެގެންވާކަމުގައި ބެލެވޭނީ އެ ޙައްޤެއް ނުވަތަ ޤާނޫނީ މަރުކަޒެއް ހިމާޔަތްކުރ ޤާނޫނާ ގާއިދާއެއ އޮތުމެވެ. މީގެ އިތުރުންވަގުތީ އަމުރަށް އެދި ހުށަހަޅާ ވަޤާއިޢުތަކަކީ އެފަދަ ޙައްޤެއް ނުވަތުޤާނޫނީ މަރުކަޒެއްވާކަމުގެ އިހްތިމާލު ޤާއިމުވެގެންވާކަމުގައި ކޯޓުން ޤަބޫލުކުރެވޭ މިންވަރުގެ ކާފީ ވަޤާއިޢުތަކަށް ވުމެވެ.ވަގުތީ އަމުރަށް އެދޭ ފަރާތަށް ޤާނޫނީ ގޮތނު ހިމާޔަތް ލިބެންޖެހޭ މައުޟޫއު ޙައްޤެއް ނުވަތް ޤާނޫނަ މަރުކަޒެއް އޮތުމުގެ އިހުތިމާލު އޮތްކަން އެނގިގި ންދަނީ އެކަމާ ގުޅޭ ގޮތުން ކޯޓަށެ ހުށަހަޅް މައްސަލައިގާ ވާޤިޢާތަކުންނެވެ. އެހެންކަމުން، އެފަދަ ވާޤިޢާއެއް އޮތްކަން ނުވަތަ ނޫންކަން ބަލައި ދެނެގަންނަންޖެހޭނީ ކޮންމެ މައްސަލައެއްވެސް ވަކިން (subjectively) ވަޒަންކުރުމަށް ފަހުއެވެ. ސިވިލް ކޯޓަށް އިސްތިއުނާފުކުރާ ފަރާތްތަކުނ ހުށަހަޅާފައިވް މައުޟޫއީ މައްސަލައަކީ މާހަލް ޓުއަރސް ޕްރައިވެޓް ލިމިޓެޑްގެ ހިއްސާ ބަދަލުކުރި ކުރުން ބާޠިލުކަމަށް ކަނޑައަޅައިދިނުމަށާއި، ކުންފުނީގެ ހިއްސާގެ އޮނިގަނޑު ކުންފުނީގެ އަސާސީ ގަވާއިދާއި ހިންގާ ގަވާއިދު ރަޖިސްޓްރީކުރެވުނު ތާރީޚްކަމަށވ 17 މެއި 1988 ގައި އެކަށައަޅާފައިވާ ގޮތަށާ ރުޖޫޢަކުރުމަށް މާހަލް ޓުއަރސް ޕްރައިވެޓް ލިމިޓެޑްގެ އިތުރުން ދައުލަތުގެ ކަމާބެހޭ އިދަރާތަކަށް އަންގާ އަމުރުކުރުމަށް އެދި އިސްތިއުނާފުކުރާ ފަރާތްތަކުން ހުށަހަޅާފައިވާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2021/SC-A/21 )ނެކްސްބިޒް ލިމިޓެޑް )އޮސްޓްރޭލިއާ( ވ. އެންޓި ކޮރަޕްޝަން ކޮމިޝަން ( މައްސަލައެއްކަމަށްވާއިރު، ވަގުތީ އަމުރުގެ ޒަރިއްޔާއިން އިސްތިއުނާފުކުރާ ފަރާތްތަކުން އެދިފައިވަނީ މާހަލް ޓުއަރސް ޕްރައިވެޓް ލިމިޓެޑްގެ ޖަލްސާތަކުގައި ވޯޓުދޭއިރު، ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނ ގެ 62 ވަނަ މާއްދާގެ )ހ( އާ އެއްގޮތަށް ވޯޓު ދިނުމަށް މާހަލް ޓުއަރސް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށްއަންގައ އަމުރުކުރުމށެވެ. އިސްތިއުނާފުކުރާ ފަރާތްތަކުން ހުށަހަޅާފައިވާ މައުޟޫއް މައްސަލައަކީ ހިއްސާގެ އޮނިގަނޑާއ ގުޅި ގޮތުން އޮތް ހުސޫމަތަކަށްވާއިރު، ކުންފުނީގެ ޖަލްސާގައި ވޯޓު ދޭ ގޮތާއި ގުޅޭ ގޮތުނ އަތުވެދާނެ ބަދަލަކުން، މި މައީސަލައިގައި އުފެދިފައިވާ މއުޟޫއް ޙައްޤަށް، އެހެނީ ކުންފުނީގެ ހިއްސާގެ އޮނިގަނޑަށް އަތުވެދާނެ ބަދަލެއް، ނުވަތަ މި ދާއިރާގެ ތެރެއިން ވޯޓު ލުމަށް އަންނަ ބަދަލަކުން އިސްތިއުނާފުކުރާ ފަރާތްތަކަށް ލިބިދެވޭނޭ ފަރުވާއެއް އެކަށީގެންވާ މިންވަރަށް އިސްތިއުނާފުކުރާ ފަރާތްތަކަށް ބަޔާންކޮށްދެވފައްނުވެއެވެ.
18HN4ވަގުތީ އަމުރު ނެރުމަކާ ނުލައި އަސްލު މައުޟޫއީ ދަޢުވާ ލަސްވެގެން ހިނގައްޖެނަމަ، ތަދާރުކު ނުކުރެވޭ ގެއްލުމެއް ނުވަތަ ކުރިމަތިވެދާނެ ނުރައްކަލެއް އެ ތ ކަމުގައް ބެލެވޭނީ، މައުޟޫއީ ދަޢުވާ އާދައިގެ އިޖުރާއަތުގެ ދަށުން ފުރިހަމަކޮށްފިނަމަ،ތަދާރުކު ނުކުރެވޭފަދަ އަދި އޢި ދަ ނުކުރިވޭފަދަ ނުރައްކަލަކާއި އަދި ގެ އްލުމަކާއ އެ ދަޢުވާއާއި ގުޅިގެން ވަގުތީ އަމުރަށް އެދުނު ފަރާތުން ކުރިމަތިލާން ޖެހުމެވެ.އެހެން ގޮތަކަށް ބަޔާންކުރާނަމަ، މިއީ ފޫނުބެއްދޭވަރުގެ ގެއްލުމެ ވެ. ނުވަތަ އިސްލާޙު ނުކުރެވޭފަދަ ގެއްލުމެވެ. 62 ވަނަ މާއްދާގެ )ހ( ގައި ވަނީ "ކުންފުނީގެ ކޮންމެ ޖަލްސާއެއްގައިވެސް، ވޯޓު ދޭނީ އަތް އުފުލުގައިގެންނެވެ. މިއާ ޚިލާފަށް، މެންބަރުން ގަނެފައިވާ ޙިއްޞާގެ ނިސްބަތުން ވޯޓު ދޭގޮތަށް ހަމަޖެއްސޭނ، ކުންފުނީގެ ޙިއްޞާގެ %10 އަށްވުރެ މަދުނޫން އަދަދެއް ތަމްސީލުކުރާ މެނެބަރުން އްގޮތެ ށ އެދިއްޖެ ހިނދެއްގައެވެ." މިފަދައިންނެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު A/21-/SC1220 )ނެކްސްބިޒް ލިމިޓެޑް )އޮސްޓްރޭލިއާ( ވ. އެންޓި ކޮރަޕްޝަން ކޮމިޝަން( ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2021/SC-A/43 )ރިޖްވުޑް ހޮޓެލްސް އެންޑް ސުއިޓްސް ޕްރައިވެޓް ލިމިޓެޑް ވ. މުޙައްމަދު ޞަދީފް( ޤަޟއްޔި
19HN5މި ނުކުތާގައި ދަށު ކޯޓުގެ ނިންމުންވެސް ބިނާކޮށްފައިވާ ކުންފުންޏާބެހޭ ޤާނޫނު ގެ 73 ވަން މާއްދް އަށާ ބަލާލުން މުހިންމެވެ. މި މާއްދާގެ )ހ( ގައިވަނީ ކުންފުންޏެއްގެ މެންބަރެއްގެ މަޞްލަޙަތަށް ނުވަތަ ޙައްޤަކަށް އުނިކަމެއް ލިބިއްޖެނަމަ، ނުވަތަ އެ ކުންފުންޏެއްގެ ކަންތައްތައް ހިންގައި ކުރިއަށް ގެންދަނީ، ކުންފުނީގެ މެންބަރެއްގުނުވަތަ މެންބަރުންގެ ތެރެއިން ބައެއްގެ ނުވަތަ މެންބަރެއްގެ މަޞްލަޙަތަށް ނުވަތަ ޙައްޤަކަށް އުނިކަމެއް ލިބޭފަދަ ގޮތަކަށްކަމުގައިވަނީނަމަ، ކޯޓުގެ އަމުރެއް ހޯދުމަށް އެދި އެ ކުންފުންޏެއްގެ މެންބަރންނަށ ނުވަތި މެންބަރަކަށް ކޯޓަށް ހުށަހެޅިދާނެކަމަށެވެ. އަދި މި މާއްދާގެ )ށ( ގައި ބަޔާންކުރަނީ މި މާއްދާގެ )ހ( ގެ ދަށުން ކުންފުންޏެއްގެ މެންބަރަކު ނުވަތަ މެންބަރުން ހުށަހެޅި ހުށަހެޅުމުގައިވާ ކަމަކީ، ކޯޓުގެ ނަޒަރުގައި އެ ހުށަހެޅުމެއް ހުށަހެޅި ފަރާތެއްގެ މ ޞްލަޙަތަކަށ ނުވަތް ޙައްޤަކަށް އުނިކަމެއް ލިބޭ ފަދަ ކަމެއްކަމުގައި ވަނީނަމަ، ތިރީގައި ބަޔާންކޮށްފައިވާ ފަދަ އަމުރެއް ނުވަތަ އަމުރުތަކެއް ނެރުމުގެ ބާރު، ކޯޓަށް ލިބިގެންވާކަމަށެވެ.
1. މެންބަރެއްގެ މަޞްލަޙަތަކަށ ނުވަތް ޙައްޤަކަށް އުނިކަމެއް ލިބޭކަމަށް ހުށަހަޅާ ކަމަކާ ގުޅޭ، ކުންފުނީގެ ކަންތައްތައް ވަކި ގޮތަކަށް ހިންގުމަށް ކަނޑައަޅާފައިވާ އަމުރެއް.
2. މެންބަރަކު ނުވަތަ މަންބަރުންގެ އެ ފަރާތުގެ ޙައްޤަކަށް އުނިކަމެއް ލިބޭކަމަށް ހުށަހެޅި ކަންތައް ރަނގަޅު ކުރުވުމުގެ ނުވަތަ ހުއްޓުވުމުގެ އަމުރެއް.
3. ކުންފުނީގެ އަސާސީ ގަވާއިދަށް ނުވަތަ ހިންގާ ގަވާއިދަށް ބަދަލެއް ގެނައުމުގެ އަމުރެއް، މިއެވެ.
20މި މާއްދާގެ ދަށުން، ކުންފުނީގެ މެންބަރަކަށް ނުވަތަ ކުންފުނީގެ މެންބަރުންތަކަކަށ ކޯޓް އަމުރަކަށް އެދެވިދާނެކަމާމެދު ބަހުސެއްނެތެވެ. އެހެނަސް، މި މާއްދާގެ ދަށުން އެފަދަ އަމުރަކަށް އެ ދެވޭނީ އެ މެންބަރެއްގެ ނުވަތަ މެންބަރުންތަކެއްގެ މަޞްލަޙަތަށް ނުވަތަ ޙައްޤަށް އުނިކަމެއް ލިބިފައިވާނަމަ، ނުވަތަ އެ މެންބަރެއްގެ ނުވަތަ މެންބަރުންތަކެއ ޙައްޤަށް ނުވަތް މަޞްލަޙަތަށް އުނިކަމެއް ލިބޭ ފަދައަކުން ކުންފުނީގެ ކަންކަން ހިނގާކަމުގައިވާނީނަމައެވެ. މްމައްސަލައިގައ އިސްތިއުނާފުކުރި ފަރާތްތަކުން ބުނެފައިވަނީ ވަގުތީ އަމުރަކަށް އެދިފައިވަނީ އިސްތިއުނާފުކުރާ ފަރާތްތައް އެދިފައިވާ ގޮތަށް މައުޟޫއަމައްސަލަ ނިމިއްޖެނަމަ، މިފަދަ އމުރެއ ނެތް ޙާލަތުގައި، މައުޟޫއި މައްސަލައިގެ ޙުކުމުގެ ބާރު ކެނޑި، އިސްތިއުނާފަ ކުރާ ފަރާތްތަކާއު ކުންފުންޏަށް ގެއްލުންތަކެއް ވާނެކަމަށް ދެކިގެންކަމށާއި، ކުންފުނީގެ ނަމުގައި ނިންމާ ނިންމުންތަކުގެ ސަބަބުން އިސްތިއުނާފުކުރާ ފަރާތްތަކުގެ ޙައްޤަށް އުނިކަން އައުމުގެ ފުރުޞަތު އޮންނާނެތީކަމުގައެވެ.
21ހުށަހަޅާފައިވް މައްސަލައިގައި އިސްތިއުނިފުކުރާ ފަރާތްތަކުގެ ޙައްޤަށް ނުވަތަ މަޞްލަޙަތަށް އުނިކަން ލިބިފައިވާގޮތާއ، ނުވަތަ ކުންފުނީގެ ކަންކަން ހިންގާ ކުރިއަށް ގެންދާގޮތުން އިސްތިއުނާފުކުރާ ފަރާތްތަކުގެ ޙައްޤަށް ނުވަތް މަޞްލަޙަތަށް އުނިކަން ލިބެނީ ކޮން ގޮތްގޮތަކުންކަމެއް އިސްތިއުނާފުކުރާ ފަރާތްތަކުން ސާފުކޮށަ ބަޔާންކޮށްދީފައެއްން ވެއެވެ. އަދި ކުންފުނީގެ ފަރާތުން އިސްތިއުނާފުކުރާ ފަރާތްތަކުގެ ޙައްޤަށް ނުވަތަ މަޞްލަޙަތަށް އުނިކަން އަންނަ ފަދައަކުން ކުރަމުންދަނީ ކޮން ޢަމަލެއްކަން އިސްތިއުނާފުކުރާ ފަރާތްތަކުނ ބަޔާންކޮށްދީފައެއްނުވެއެވެ. އިސްތިއުނާފުކުރާ ފަރާ ތްތަކުނާ ފާހަގަކުރަން ކުންފުނިން ކޮށްފާނެ ކަމެއްގެ ސަބަބުން ނުވަތް ނިންމަފާނެ ނިންމުންތަކެއްގެ ސަބަބުން އިސްތިއުނާފުކުރ ފަރާތްތަކަށެ ގެއްލުން ލިބުމުގެ ފުރުޞަތު އޮތް ކަމަށެވެ. މި މައްސަލައިގައި ވަގުތީ އަމީރު ނެރުމަކާ ނުލައި އަސްލު މައުޟޫއުދަޢުވާ ލަސްވެގެން ހިނގައްޖެނަމަ، އިސްތިއުނާފުކުރާ ފަރާތްތަކަށް ތަދާރުކު ނުކުރެވޭފަދަ އަދި އިއާދަ ނުކުރެވޭފަދަ ނުރައްކަލަކާއި ނުވަތަ ގެއްލުމަކާއި ކުރިމަތިލާންޖެހިފައިވާކަން އެނގޭކަށްނެތެވެ. ހަމަ މިއާއެކު، ކުންފުންޏާބެހޭ ޤާނނ ގެ 73 ވަނަ މާއްދާގައިވާ ފަދަ ޙާލަތެއް ވުޖޫދުވެ، އިސްތިއުނާފުކުރާ ފަރާތްތަކުގެ ޙައްޤަށް ނުވަތަ މަޞްލަޙަތަށް އުނިކަން ލިބިފައިވާކަން ނުވަތަ ލިބެމުންދާކަން އެނގޭކަށްނެތެވެ.
22މައުޟޫއީ ދަޢުވާގައި ބަޔާންކޮށްފައިވާ ގޮތަށާ ކުންފުނީގެ ހިއްސާ އަލު ން އަނބުރާ ކުންފުނީގެ އަލަތ މަރުޙލާގައަ އޮތި ގޮތަށް އިއާދަކުރިނަމަވެސް، ކުންފުނީގެ ނިންމުންތަކަށް އަތުވެދާނެ ބަދަލުތަކާއ ގުޅި ގޮތުން، ޤާނޫނީ ގޮތުން އެކަމުގައި ކުރިއަށް ދެވޭނެ މަގެއް އެބަ އޮތެވެ. އެހެންކަމުން، މައުޟޫއީމައްސަލަ އާދައިގެ އިޖުރާއަތުން ފުރިހަމަކޮށް ނމިގެންދާއިރު، އެކަން އިސްލާހުކޮށް، ރަނގަޅު ނުކުރެވޭނެ ގެއްލުމެއް އޮތ ކަމުގައި ނުދެކެމެވެ.
23HN6ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާ އަށު ޙަވާލާދީ، އިސްތިއުނާފުކުރާ ފަރާތްތަކުން ބުނެފައިވަނީ ކުންފުންޏާބެހޭ ޤާނޫނ ގެ 73 ވަނި މާއްދާތަޠުބީޤުކުރުމުގައި އެ މާއްދާގައި އޮންނަ ގޮތާއި ޚިލާފުވެފައިވާކަމާއި، އަދި ޤާނޫނުތި ކުން ކޯޓުތަކަށް ލިބިދީފައިވާ ބާރު އެއްފަރާތްކޮށްފައީ ވެ ކަމުން، އެއް ދިވެހިރާއްޖޭގު ފަނޑިޔާރުންގެ ޤާނޫނ ގެ 5 ވަނަ މާއްދާގެ )ހ(އާ ޚިލާފު ނިންމުމެއްކަމަށެވެ. ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނ ގެ 5 ވަނަ މާއްދާގައި ބަޔާންކުރަނީފަނޑިޔާރުނ ނިންމުންތައް ނިންމުމުގައި ޢަމަލުކުރަންވާނެ މަސްދަރުތަކެވެ.އެއީ ޤާނޫނުއަސާސީއާއި ޤާނޫނެވެ. އަދި ޤާނޫނުއަސާސީއާއި ޤާނޫނުގައި ވަކިގޮތަކަށް ކަނޑައޅާފައިނުވ ކަންކަނާ ނިންމުމުގައާ އިސްލާމީ ޝަރޢަތުގައީ އެކަމެއް ކަނޑައަޅާފައިވާ ގޮތަށް ފަނޑިޔާރުން ރިޢާޔާތްކުރުމެވެ. ކުންފުންޏާބެހޭ ޤާނޫނ ގެ 73 ވަނަ މާއްދާ މިމައްސަލައިގ ޙަޤީޤަތްތަކުގެ މައްޗަށ ތަޠުބީޤުކުރުމުގައި ދަށު ކޯޓުން ގޯހެއް ހަދާފައިވާކަމުގައި ނުދެކޭކަމުގައ އިސްވެ މި މައްދާގައިވަނީ " )ހ( ފަނޑިޔާރުންގެ ނިންމުންތައް ނިންމުމުގައި ފަނޑިޔާރުން ޢަމަލުކުރާނީ ޤާނޫނުއަސާސީއާއި ޤާނޫނަށެވެ. ޤާނޫނުއަސާސީގެއާއ ޤާނޫނުގައި ވަކިގޮތަކަށް ކަނޑައަޅާފައިނުވާ ކަންކަން ނިންމުމުގައި އިސްލާމީ ޝަރީޢަތުގައި އެކަމެއް ކަނޑައަޅާފައިވާ ގޮތަށް ފަނޑިޔާރުން ރިޢާޔަތްކުރަންވާނެއެވެ. )ށ( މި މާއްދާގެ )ހ( ގައިވާ ގޮތުގެމަތިން، ފަނޑިޔާރުކަމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި އަންނިވި ކަންކަމަށް ފަނޑިޔާރުން ރިޢާޔަތްކުރަންވާނެއެވެ. )1( މައްސަލައިގައި ހުށަހެޅިފައިވާ ހެއްކާއި ޤަރީނާ. )2( މައްސަލައާ އެއްފަދަ އެހެން މައްސަލަތަކުގައި އެކޯޓުން ކުރިން ކޮށްފައިވާ ޙުކުމް ނުވަތަ އެ ކޯޓަޓަކަށްވުރެ މަތީ ކޯޓަކުން ކޮށްފައިވާ ޙުކުމް. )3 ( ވަކި ފަރާތަކަށް ނުޖެހުމާއި، ވަކި ފަރާތެއްގެ ނުފޫޒަށް ނުލެނބުމާ އ، ވަކި ފަރާތަކުން ދައްކާފާނެ ބިރަކަށް ޖެހިލުންނުވުމާއި ތަޢައްޞުބުން އެއްކިބާވުން." މިފަދައިންނެވެ. ބަޔާންކުރަނިވިނުކުތާތކުގައަ ބަޔާންކޮށްފައިވާނެއެވެ. އަދި ދަށުކޯޓުން ވަގުތީ އަމުރު ނެރެމުގައި ތަދާރުކު ނުކުރެވޭ ގެއްލުމެއް ނުވަތަ ކުރިމަތިވެދާނެ ނުރައްކަލެއް އޮތްތޯ ބެލުމުގައި، ކުންފުންޏާބެހޭ ޤާނޫނު ގެ 73 ވަނަ މާއްދާގައި ބަޔާންކުރާ ޙާލަތެއް އޮތްތޯ ބަލައާ،އެކަން ވަޒަންކުރުމުގައި އެ މާއްދާއާ ޚިލާފުވެފައިވްކަމުގައވެސ ނުދެކެމެވެ.
24ޤާނޫނު ނަންބަރު 13/2010 )ދިވެހިރާއްޖޭގ ފަނޑިޔާރުންގެ ޤާނޫނު(ގެ 5 ވަނީ މާއްދާގަ )ށ( ގެއިވަނ ފަނޑިޔާރުކަމުގެ މަސްޢޫލިއްޔަތު އަދާކުރުމުގައި ފަނޑިޔާރުން ރިޢާޔަތްކުރަންވާނެ ކަންކަމެވެ . މިކަންކަމުގެ ތެރެއިން ފުރަތަމަ ކަމަކަށް އެ އަކުރުގެ 01 ވަނަ ނަންބަރުގައި ވަނީ "މައްސަލައިގައި ހުށަހެޅިފައިވާ ހެއްކާއި ޤަރީނާ" މިފަދައިންނެވެ. ދިވެހިރާއްޖޭގ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ )ށ( އަށް ޙަވާލާދީ، ފަނޑިޔާރުންގެ ކުރިމައްޗަށް ހުށަހެޅް ހެއްކާއި ޤަރީނާއަށް ރިޢާޔަތްކޮށްފައިނުވާކަމަށް ބުނާނަމަ، ފަނޑިޔާރުން ރިޢާޔަތްކޮށްފައިނުވާ ޤާނޫނީ ކޮން ނުކުތާއަކާ ގުޅިގެން ހުށަހަޅާފައިވާ ކޮން ހެއްކަކަށްކަން ބުނެދިނުމަކީ އެހެނ ބުނެ ފަރާތެއްގެ ޒިންމާއެއްކަމުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގ އެޓަރނީ ޖެނު ރަލްގެ އޮފީސް ވ. އިސްމާޢީލް ޢަބްދުލްޙަމީދެ ޤަޟިއްޔާގައި ފާހަގަކުރެއެވެ. މީގެ އިތުރުން ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަން މާއްދާގައި އިޝާރާތްކުރަނީ ފަނޑިޔާރުންގެ ޢަމަލުތައް ބަހައްޓަންޖެހޭ ގޮތަށް ކަމުގައިވާއިރު، ފަނޑިޔާރުނޫހެކި ވަޒަންކުރިގޮތް ޤި ނޫނާ އުޞ ލަކާ ޚިލާފުވާނަމަ، ޚިލާފުވެފައިވަނީ ހެކި ވަޒަންކުރުމުގެ ކޮން އުޞޫލަކާކަން ބުނެދޭންވާނެކަމާއި، ފަނޑިޔާރެއްގެ ޢަމަލު ނުވަތަ ސުލޫކާ ގުޅޭ މާއްދާތަކާއި، މައްސަލައެއްގައި ތަޠުބީޤުކުރަންޖެހޭ ފަންނީ ޤާނޫނީ އުޞޫލެއް ފަނޑިޔާރު ތަޠުބީޤުނުކުރެވުނ ނުވަތި ނުބް އިކޮށް ތަޠުބީޤުކުރެވުމަކީ މުޅިން ތަފާތު ދެ ކަމެއްކަމުގައި ފެކްޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އބމ. SC 43 ]2021[ ގެ 19 ވަނަ ޕެރެގްރާފް ވ. ދިވެހި ދައުލަތް )މޯލްޑިވްސ ޕޮލިސް ސަރވިސް( ޤަޟިއްޔާގެ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔުގެ 17 ވަނަ ޕެރެގްރާފްގައި ފާހަގަކުރައްވައެވެ.
25ވަގުތީ އަމުރާކަށަ އެދްމުން، މައްސަލައިގެ މައި މައުޟޫއމެދ ގޮތެއު ކަނޑައެޅުމަކާ ނުލައި، މައުޟޫއީ ދަޢުވާ ލަސްވެގެން ހިނގައްޖެނަމަ ލިބިދާނެ ގެއްލުމުގެ މައްޗަށް ބަލައި، އެފަދަ ގެއްލުމެއް ލިބޭކަމުގައިވާނަމަ، ނުވަތަ އިއާދަނުކުރެވޭ މިންވަރުގެ ގެއްލުމެއް ލިބިދާނެކަމުގައ ދެކި ނަމަ، އާންމު އުޞޫލެއްގެ ގޮތުން އޮތް ޙާލަތަށް އޭގެ ޒާތުގައި ބަދަލެއްނުގެނައުމަށް އިސްކަންދީ، ހުށަހަޅާފައިވާ ހުށަހެޅުންތަކުގެ މައްޗަށް ވަގުތީ އަމުރު ނެރުމާއިއެކ ގޮތެއު ނިންމިގެން ދެއެވެ. އ ނިންމުމަކީ މައްސަލައިގެ މައުޟޫއަ ގައި ގޮތް ނިންމުމުގައި ބަލާ މިންގި ނޑަށ ހެކިތައް ހުށަހަޅައި، އެ ހެކިތައް ވަޒަންކޮށް ނިންމާ ނިންމުމުގެ ބަދަލުގައި، ޝުރީޢަތުގައ މައްސަލައިގެ މައުޟޫއެ ގައި ހެކި ވަޒަންކޮށް ފައިސަލާކުރަންޖެހޭ މިންވަރަށް އޭގެ ތެރެއަށް ވަނުމުގެ ބަދަލުގައި، މަތި މަތިން އެވަގުތު ހުށަހަޅާފައިވާ ހުށަހެޅުންތަކުގެމައްޗަށް އިއާދަނުކުރެވޭ ގެއްލުމެއް ނުވަތަ އޮތް ނުރައްކަލެއް ފޫބެއްދުމަށް އިސްކަންދީ، ނިންމާ ނިންމުމެކެވެ. އިސްތިއުނާފުކުރާ ފަރާތްތަކުނ ހުށަހަޅާފައިވް ހެކިތަކަށް ފަނޑިޔާރު ރިޢާޔަތްކުރިގޮތެއ އެނގެން ނެތްކމުގައ އިސްތިއުނާފުކުރި ފަރާތްތަކުނ ބުނެފައިވާއިރު، ކުންފުނިން ޢަމަލުކުރަމުންދާ ގޮތުގެ ސަބަބުން، އިސްތިއުނާފުކުރާ ފަރާތްތަކުގެ ޙައްޤަށް ނުވަތަ މަޞްލަޙަތަށް އުނިކަން ލިބެމުންދާގޮތެއ ހުށަހަޅާފައިވާ ހެކިތަކުނާސާފެއްނޫނެވެ. އަދި އިސްތިއުނާފުކުރ ފަރތްތަކުނ ހުށަހަޅާފައިވް މައުޟޫއާ ދަޢުވާ އެ ފަރާތްތަކުން އެ ދިފައިވ ގޮތަށާ ނިމިގެންދާނަމަވެސް، ފޫނުބެއްދޭނ ނުވަތެ އެކަށީގެންވާ ފަރުވާއެއް ނުވަތަ ޤާނޫނީ ޙައްލެއް ލިބިނުދެވޭފަދް ޙާލަތެއް ކުރިމަތިވެފައިވާކަން އިސްތިއުނާފުކުރާ ފަރާތްތަކަށް ޝަރީޢަތަށް އެކަން ޤަބޫލުކުރެވޭ މިންވަރަށް ސާފުކޮށް ބުނެދެވިފާކަމުގައި ނުދެކެމެވެ. އިސްވެ، ބަޔާންކުރަނިވި ކަންކަމަށް ނަޒަރުކޮށް، ވަގުތީ އަމުރާއިމެދު ގޮތެއް [2021] SC 58 ނިންމުމުގައި ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ )ށ(ގެ )1( ވަނަ ނަންބަރާއި ޚިލާފުވެފައިވާކަމަށް ނުދެކެމެވެ.
26އެހެންކަމުން، މި މައްސަލައިގެ އަހުރެންގެ ރައުޔަކީ ސިވިލް ކޯޓުގެ ނަންބަރު 144-B5/VN/2022/03 ވަގުތީ އަމުރާމެދު ނިންމާފައިވާ ނިންމުން ބާޠިލުކުރަންޖެހޭ ފަދަ ސަބަބެއް ނެތް ކަމުގައެވެ.
ފަނޑިޔާރާ ޙުސައިން ޝަހީދުގެ ރައުޔު
27ފަނޑިޔާރު ޙުޒައިފާ މުޙައމަދް ގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.
ފަނޑިޔާރު މުޙައްމަދު ސަލީމްގެ ރައުޔު
28ފަނޑިޔާރު ޙުޒައިފާ މުޙައްމަދުގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.
އިސްތިއުނާފުކުރުމުގެ އިޖުރާއަތު ބަޔާންކޮށްދިނުން
29މި ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި ޙުކުމްކުރުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ އިސްތިއުނާފުކުރުމުގެ ޙައްޤު މައްސަލައިގެ ޚަސްމުންނަށް ލިބިގެންވެއެވެ. އާންމު އުޞޫލެއްގެ ގޮތުނ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް މައްސަލަ އިސްތިއުނާފުކުރުމަށް ހުށަހެޅޭނީ ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމުން ނިންމާތާ 30 )ތިރީސް( ދުވަހުގެ ތެރޭގައެވެ. މި މުއްދަތުގެ ތެރޭގައި ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ކޯޓުން މައްސަލައިގެ ޙުކުމްކުރުމަށްފަހު، އެ ޙުކުމް އިސްތިއުނާފުކުރުމުގެ ޙައްޤު ލިބިގެންވާކަމާއި، އިސްތިއުނާފުކުރެވޭނެ ކޯޓާއި،އިސްތިއުނާފުކުރަންޖެހ ވަގުތު ޚަޞްމުންނަށް ސާފުކޮށްދޭންވާނެކަމާއި، އަދި މިކަން ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގައި ބަޔާންކޮށްފައި އޮންނަންވާނެކަމުގައި މަދަނީ އިޖުރާއަތުގެ ޤާނޫނު )ޤާނޫނު ނަންބަރު 2021/32(ގެ 268 ވަނަ މާއްދާގައި ބަޔާންކުރެއެވެ. މިކަމުގައި ދެވޭ އިސްތިސްނާ މަދަނީ އިޖުރާއަތުގެ ޤާނޫނު )ޤާނޫނ ނަންބަރު 2021/32(ގެ 284 ވަނަ މާއްދާގެ )ރ( ގައި ބަޔާންކުރެއެވެ. މަދަނީ އިޖުރާއަތުގެ ޤާނޫނު )ޤާނޫނު ނަންބަރު 2021/32(ގެ 284 ވަނަ މާއްދާގެ )ހ(
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 242 ވަނަ މާއްދާގެ (ހ)، އަދި (ށ) ގެ 1 ވަނަ އަދި 2 ވަނަ ނަންބަރު
- ޤާނޫނު ނަންބަރު 10/96 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު) ގެ 62 ވަނަ މާއްދާގެ (ހ)
- ޤާނޫނު ނަންބަރު 10/96 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު) ގެ 73 ވަނަ މާއްދާގެ (ހ) އަދި (ށ)
- ޤާނޫނު ނަންބަރު 13/2010 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ހ) އަދި (ށ) (1)
- ޤާނޫނު ނަންބަރު 4/2011 (މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނު) ގެ 12 ވަނަ މާއްދާ (އިސްތިއުނާފީ ނުކުތާގައި)
- ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-A/21 (ނެކްސްބިޒް ލިމިޓެޑް (އޮސްޓްރޭލިއާ) ވ. އެންޓި ކޮރަޕްޝަން ކޮމިޝަން)
- ސުޕްރީމް ކޯޓުގެ ނަންބަރު 2021/SC-A/43 (ރިޖްވުޑް ހޮޓެލްސް އެންޑް ސުއިޓްސް ޕ.ލ ވ. މުޙައްމަދު ޞަދީފް)
- ސުޕްރީމް ކޯޓު: އެޓަރނީ ޖެނެރަލްގެ އޮފީސް ވ. އިސްމާޢީލް ޢަބްދުލްޙަމީދު ([2021] SC 43، ޕެރ. 19 — ފުޓްނޯޓުގައިވާ ގޮތަށް)
- ސުޕްރީމް ކޯޓު: ފެކްޓް މޯލްޑިވްސް ޕ.ލ ވ. ދިވެހި ދައުލަތް (މޯލްޑިވްސް ޕޮލިސް ސަރވިސް) [2021] SC 58 (ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔުގެ 17 ވަނަ ޕެރެގްރާފް)
- ހައިކޯޓުގެ ނަންބަރު 2022/HC-A/15 (ކުރިން ނެރުނު ވަގުތީ އަމުރު ބާޠިލުކުރި ޤަޟިއްޔާ — މައްސަލައިގެ ތާރީޚު)
ޝަރީޢަތުގެ ވީޑިއޯ
ހައިކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.