ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
2021/HC-A/149

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޢަބްދުﷲ ނާޘިމް (އެޑްރެސް އުނިކުރެވިފައި)

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައިޚިލާފު ރައުޔެއް
ސުޕްރީމް ކޯޓުން އިސްތިއުނާފުގެ ހުއްދަ ނުދީ (2025/SC-L/16)ޙުކުމުގެ ހާލަތު
ހައިކޯޓު · 24 ނޮވެމްބަރު 2024ދަށު ކޯޓު: ކްރިމިނަލް ކޯޓު 267/Cr-C/2015ބާވަތް: ޖިނާއީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
ކްރިމިނަލް ކޯޓު 267/Cr-C/2015
ފަހުގެ ތާރީޚު
ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް

ކޯ ޓާމްސް

ޚުލާޞާ

ކޯޓުން ނިންމަން ޖެހުނު ސުވާލު
އިތުބާރުކުރެވޭ މަޤާމެއްގައި ހުރެ ކުޑަކުއްޖަކާއެކު ޖިންސީ ޢަމަލެއް ހިންގުމުގެ ދަޢުވާ ސާބިތުނުވާކަމަށް ކްރިމިނަލް ކޯޓުން ކުރި ޙުކުމުގައި، ޤާނޫނު ނަންބަރު 12/2009 ގެ 47 ވަނަ މާއްދާގެ ދަށުން ހެކި ވަޒަންކުރި ގޮތް ޤާނޫނީ އުޞޫލުތަކާއި މަތީ ކޯޓުތަކުގެ ނިންމުންތަކާ ޚިލާފުތޯ، އަދި ސުޕްރީމްކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލް ވ. އަޙްމަދު މުޚްތާރު ޤަޟިއްޔާގެ އުޞޫލު ތަޠުބީޤުކުރުމުން ނަތީޖާ ބަދަލުވޭތޯ.

ނިންމުން

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި

އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް (އަޣްލަބިއްޔަތުން)

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 ދަށުކޯޓުން ރިޢާޔަތްނުކުރި ހެކިތަކަކީ ކޮބައިކަން ނުވަތަ ހެކި ވަޒަންކުރުމުގައި ހެދި ގޯސްކަން އިސްތިއުނާފުކުރާ ފަރާތުން ވަކިން ބުނެދީފައި ނުވާނަމަ، ހެކިތަކަށް ފުރިހަމައަށް ރިޢާޔަތްނުކުރާކަމަށް ބުނާ ޢާންމު ނުކުތާއެއްގައި އިސްތިއުނާފީ ބަހުޘެއް ނެތެވެ.

HN2 ދަށުކޯޓުން ހެކި ވަޒަންކުރުމުގައި ޢަމަލުކޮށްފައިވަނީ މައްސަލަ ނިންމިއިރު މިބާވަތުގެ މައްސަލަތަކުގައި ޢަމަލުކުރެވެމުންދިޔަ އުޞޫލުތަކާ (މިސާލަކަށް ހައިކޯޓުގެ 2014/HC-DM/01) އެއްގޮތަށް ކަމަށްވާނަމަ، އެ ނިންމުމަކީ ޤާނޫނީ އުޞޫލުތަކާ ޚިލާފު ނިންމުމެއް ކަމުގައި ނުބެލެވޭނެއެވެ.

HN3 ސުޕްރީމްކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލް ވ. އަޙްމަދު މުޚްތާރު ޤަޟިއްޔާގައިވާ ގޮތުން، ކުޑަކުދިންނަށް ކުރާ ޖިންސީ ކުށުގެ ދަޢުވާ ސާބިތުކުރުމުގެ އަސާސް ބިނާވަނީ ކުއްޖާގެ ހެކިބަހުގެ މައްޗަށެވެ؛ ކުއްޖާގެ ބަހަކީ އާދަޔާ ޚިލާފަށް ތެދު ބަހެއްތޯ ބެލުމުގައި ހެކިބަހުގެ އެތެރެފުށާއި ބޭރުފުށުގެ އެއްގޮތްވުމާއި ޝަކުވާކުރި ފަރާތުގެ ނިޔަތް ފަދަ ކަންކަމަށް ބަލައި، 47 ވަނަ މާއްދާގައިވާ ވަސީލަތްތަކުގެ ބޭނުން ހިފިދާނެއެވެ.

HN4 ހައިކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލް ވ. އިލްހާމް (2022/HC-A/407) ޤަޟިއްޔާގައިވާ ގޮތުން، ފަނޑިޔާރުގެ ޣައިރު ޙާޟިރުގައި އަދި މުއްތަހަމު ތަމްސީލުކުރާ ފަރާތެއް ނެތި ތަޙްޤީޤަށް ކުއްޖާ ކިޔައިދޭ ކިޔައިދިނުން ވީޑިއޯކޮށް ހުށަހެޅުމަކީ ކުއްޖާގެ ހެކިބަސް ކަމުގައި ބަލައި ކުށް ސާބިތުކުރެވޭނެ ހެއްކެއް ނޫނެވެ؛ ދެކޮޅަށް ހުށަހަޅާ ހެކިންނާ ސުވާލުކުރުމުގެ ޙައްޤަކީ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާއިން ލިބިދޭ، މިބާވަތުގެ ކުށުގައިވެސް އިސްތިސްނާނުވާ ޙައްޤެކެވެ.

HN5 ކުއްޖާގެ ހެކިބަސް ޤާނޫނު ނަންބަރު 12/2009 ގެ 48 ވަނަ މާއްދާއާއި 46 ވަނަ މާއްދާގެ (ރ) ގައިވާ އުޞޫލާ އެއްގޮތަށް ނަގާފައިނުވާނަމަ، މުޚްތާރު ޤަޟިއްޔާގެ އުޞޫލަށް ރިޢާޔަތްކުރި ނަމަވެސް ދަޢުވާ ސާބިތުކުރުމުގެ އަސާސް ފުރިހަމަނުވާތީ ދަށުކޯޓުގެ ބަރީޢަކުރުމަށް ބަދަލު ނުގެނެވޭނެއެވެ.

ވަކީލުންނާއި ފަނޑިޔާރުން

ވަކީލުން
—
ބެންޗު
މުޙައްމަދު ސަލީމް، މުޙައްމަދު ފައިޞަލް، ޙަސަން ޝަފީޢު
ރިޔާސަތު
—
ރައުޔު ލިޔުނު ފަނޑިޔާރު
—
ޚިލާފު ރައުޔު
އެބައޮތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

ފަނޑިޔާރު މުޙައްމަދު ސަލީމްގެ ރައުޔު

މައްސަލައިގެ ތަޢާރުފު:

1މިއީ، ކްރިމިނަލް ކޯޓުގެ ނަންބަރު 267/Cr-C/2015 ޤަޟިއްޔާ ނިންމާފައިވާގޮތް ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލުތަކާ އެއްގޮތް ނުވާކަމަށްބުނެ އެ މައްސަލަ އިސްތިއުނާފު ކުރުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ބަލާފައިވާ މައްސަލައެވެ. މި މައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ [އެޑްރެސް އުނިކުރެވިފައި]/ ޢަބްދުﷲ ނާޘިމު (މީގެ ފަހުން މި ރިޕޯޓުގައި "ނާޡިމު" ނުވަތަ "އިސްތިއުނާފު ރައްދުވާ ފަރާތް" ކަމަށް ބަޔާންކުރާ) އެވެ.

2ކްރިމިނަލް ކޯޓުގެ ނަންބަރު 267/Cr-C/2015 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް އިސްތިއުނާފު މުއްދަތުގެ ތެރޭގައި އިސްތިއުނާފުކުރެވިފައި ނުވާތީ، އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ހުށަހެޅުމުން މި މައްސަލަ އިސްތިއުނާފުކުރުމުގެ ހުއްދަދެވެން ނެތްކަމަށް މި ކޯޓުން ނިންމިނިންމުން ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށް މި މައްސަލައަކީ އިސްތިއުނާފުކުރުމުގެ ހުއްދަ ދޭންޖެހޭ މައްސަލައެއްކަމަށް ކަނޑައަޅައި، 2021 ޖަނަވަރީ 10 އިން ފެށިގެން 10 (ދިހައެއް) ދުވަސް ތެރޭގައި އިސްތިއުނާފު ފޯމު ހައިކޯޓަށް ހުށަހެޅުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އަންގާފައިވެއެވެ. މިއީ، އިސްވެބުނެވުނު ގޮތުގެ މަތިން ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހުގެ ފަރާތުން ހުށަހެޅުމުން މިކޯޓަށް ބަލައިގެންފައިވާ މައްސަލައެކެވެ. ކްރިމިނަލް ކޯޓުގެ މަރުޙަލާ:

3ނާޡިމު، 2012 ވަނަ އަހަރުގެ ތެރޭގައި މީނާގެ އަންހެނުންގެ އެއްބަނޑު އެއްބަފާ ކޮއްކޮ، [ކުއްޖާގެ ނަމާއި އެޑްރެސް އުނިކުރެވިފައި] (17 އަހަރު) ( މީގެފަހުން " ކުއްޖާ" ނުވަތަ "އަނިޔާލިބުނު ކުއްޖާ" ކަމަށް ބަޔާންކުރާ) ނުރުހުމުގައި ކުއްޖާއާ މެދު ގަދަކަމުން ޖިންސީ ޢަމަލު ހިންގާފައިވާތީ، ޤާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ ޢުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 9 ވަނަ މާއްދާގެ (ހ)އާ ޙަވާލާދީ، އެމާއްދާގެ (ށ) ގެ ދަށުން ނާޡިމުގެ މައްޗަށް،އިތުބާރުކުރެވޭ މަޤާމެއްގައިހުރެ ކުޑަކުއްޖަކާއެކު ޖިންސީ ޢަމަލެއް ހިންގުމުގެ ކުށުގެ ދަޢުވާ ދައުލަތުން އުފުލިއެވެ.

42015 އެޕްރީލް 19 ގައި ކްރިމިނަލް ކޯޓަށް ހުށަހެޅި އެ ދަޢުވާއަށް ނާޡިމު އިންކާރުކުރުމާ ގުޅިގެން ދަޢުވާ ސާބިތުކުރުމަށް ދައުލަތުން ހުށަހަޅާފައިވަނީ އަންނަނިވި ހެކިތަކެވެ.

4.1. ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 47 ވަނަ (ހ) ގެ ދަށުން، އަނިޔާ ލިބުނު ކުއްޖާގެ މެޑިކޯ ލީގަލް ރިޕޯޓު؛

4.2. ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 47 ވަނަ (ނ) ގެ ދަށުން، އަނިޔާ ލިބުނު ކުއްޖާގެ އެއްބަނޑު ދައްތަ █ އަނިޔާ ލިބުނު ކުއްޖާގެ އެއްބަނޑު އެއްބަފާ ދައްތަ █ އަނިޔާ ލިބުނު ކުއްޖާގެ އެއްބަނޑު ދައްތަގެ ފިރިމީހާ █ އަދި ސީންއަށް ދިޔަ ފުލުހުން ކަމަށްވާ ޕޮލިސް ކޮޕްރަލް █ ލާންސް ކޯޕްރަލް █ އާއި ލާންސް ކޯޕްރަލް █ ލާންސް ކޯޕްރަލް █ ލާންސް ކޯޕްރަލް █

4.3. ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 47 ވަނަ (ނ) ގެ ދަށުން ހެކީގެ ގޮތުގައި އަނިޔާ ލިބުނު ކުއްޖާގެ މަންމަ █

4.4. ؛ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 47 ވަނަ (ބ) ގެ ދަށުން އިންޓަރވިއު ވީޑިއޯ ރިކޯޑިންގ؛

4.5. ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 47 ވަނަ (ކ) ގެ ދަށުން، އަނިޔާ ލިބުނު ކުއްޖާ ޖެންޑަރ މިނިސްޓްރީގެ އެސިސްޓެންޓް ސޯޝަލް ވޯކަރ [ އަށް ކިޔާދީފައިވާ ކިޔާދިނުން؛

4.6. ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 47 ވަނަ (ކ) ގެ ދަށުން، އަނިޔާ ލިބުނު ކުއްޖާ ތަހުޤީޤަށް ދީފައިވާ ބަޔާން. ކްރިމިނަލް ކޯޓުން މައްސަލަ ނިންމިގޮތް:

5ކްރިމިނަލް ކޯޓުގެ ނަންބަރު 267/Cr-C/2015 ޤަޟިއްޔާ ނިންމާފައިވަނީ އަންނަނިވި ފަދައިންނެވެ. ”ދެންފަހެ، ދައުލަތުން [އެޑްރެސް އުނިކުރެވިފައި] ޢަބްދުﷲ ނާޡިމްގެ، މައްޗަށް ކުޅަ އިތުބާރު ކުރެވޭ މަޤާމެއްގައިހުރެ ކުޑަކުއްޖަކާއެކު ޖިންސީ ޢަމަލެއް ހިންގުމުގެ ކުށުގެ މިދަޢުވާ ޝަރީޢަތުން ބެލިބެލުމުން، ޢަބްދުﷲ ނާޠިމް، 2012 ވަނަ އަހަރުގެ ތެރޭގައި މީނާގެ އަންހެނުންގެ އެއްބަނޑު އެއްބަފާ ކޮއްކޮ، [ކުއްޖާގެ ނަމާއި އެޑްރެސް އުނިކުރެވިފައި] (17 އަހަރު) ގެ ނުރުހުމުގައި [ކުއްޖާ ނަން] އާމެދު ގަދަކަމުން ޖިންސީ ޢަމަލު ހިންގާފައިވާކަމަށް ބުނެ ދައުލަތުން ޢަބްދުﷲ ނާޡިމްގެ މައްޗަށްކުރި ދަޢުވާއަށް ޝަރީޢަތުގެ މަޖިލީހުގައި ޢަބްދުﷲ ނާޡިމް އިންކާރުކުރުމާއި ގުޅިގެން ދަޢުވާ ސާބިތުކުރުމަށް ދައުލަތުން ހުށަހެޅި ހެކިންގެ ހެކިބަހުންނާއި ޤަރީނާތަކުން ޤާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަސް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ ޢުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 47 ވަނަ މާއްދާގައި ބަޔާންކުރާ މިންވަރަށް ހެކި ޤަރީނާ ލިބިފައި ނުވާތީއާއި، ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންކޮށްފައިވާ ފަދައިން މީހަކު ކުށެއް ކޮށްފިކަން އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި ޝަރީޢަތަށް ސާބިތުކުރުމަށް ބޭނުންވާ މިންވަރަށް ޝަރީޢަތަށް ހެކި ޤަރީނާ ލިބިފައި ނުވާތީ، [އެޑްރެސް އުނިކުރެވިފައި] / ޢަބްދުﷲ ނާޡިމުގެ މައްޗަށް ކުޅަ، އިތުބާރުކުރެވޭ މަޤާމެއްގައިހުރެ ކުޑަކުއްޖަކާއެކު ޖިންސީ ޢަމަލެއް ހިންގުމުގެ ކުށުގެ މި ދަޢުވާ ޝަރީޢަތަށް ސާބިތުނުވާ ކަމަށް ޙުކުމްކޮށް މިޤަޟިއްޔ ނިންމީމެވެ." އިސްތިއުނާފީ ނުކުތާތައް:

6ކްރިމިނަލް ކޯޓުގެ ނަންބަރު 267/Cr-C/2015 ޤަޟިއްޔާ ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށްބުނެ، ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހުގެ ފަރާތުން ހުށަހަޅާފައިވަނީ އަންނަނިވި ނުކުތާއެވެ.

6.1. ނާޡިމުގެ މައްޗަށް ކުޅަ އިތުބާރުކުރެވޭ މަޤާމެއްގައި ހުރެ ކުޑަކުއްޖަކާއެކު ޖިންސީ ޢަމަލެއް ހިންގުމުގެ ކުށުގެ ދަޢުވާ ސާބިތުނުވާކަމަށް ކްރިމިނަލް ކޯޓުގެ ނަންބަރު 267/Cr-C/2015 ޤަޟިއްޔާއިން ނިންމާފައިވާ ނިންމުމަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންކޮށްފައިވާ އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި އެމީހަކު ކުށެއް ކޮށްފިކަން ސާބިތުވާ މިންވަރަށް ހެއްކާއި ޤަރީނާ ލިބިފައިވަނިކޮށް، އެހެކިތަކަށް ފުރިހަމައަށް ރިޢާޔަތް ކުރުމެއްނެތި އަދި ދިވެހިރާއްޖޭ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) ގައި މަތީ މަރުޙަލާގެ ކޯޓުތަކުން ނިންމާފައިވާ ނިންމުންތަކަށް، ދަށު މަރުޙަލާގެ ކޯޓުތަކުން ތަބާވާންޖެހޭކަމަށް ބަޔާންކޮށްފައިވާ އުޞޫލާ ޚިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށް. އިސްތިއުނާފީ ނުކުތާއާ ގުޅިގެން ދެފަރާތުން ދެއްކި ވާހަކަތަކުގެ ޚުލާޞާ:

7ބުނެވިދިޔަ އިސްތިއުނާފީ ނުކުތާއާ ގުޅިގެން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން މައިގަނޑު އަންނަނިވި ކަންކަން ފާހަގަކޮށްފައިވެއެވެ.

7.1. ދަށުކޯޓުން މައްސަލަ ނިންމުމުގައި ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 47 ވަނަ މާއްދާގައި ބަޔާންކުރާ މިންވަރަށް ހެކި ޤަރީނާ ލިބިފައި ނުވާކަމަށް ނިންމަވާފައިވާ ނިންމެވުމަކީ ރަނގަޅު ނިންމެވުމެއް ނޫންކަމަށާއި، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ މަޤްޞަދާއި އެ ޤާނޫނުގެ 47 ވަނަ މާއްދާގެ ޢިބާރާތަށާއި 47 ވަނަ މާއްދާ ޤާނޫނުގައި ލިޔުނު މަޤްޞަދަށް ރިއާޔަތްކުރާއިރު ޤާނޫނުގައި ލިސްޓު ކޮށްފައިވާ ހެކިތަކުގެ އިތުރުން ޢާންމު ޖިނާއީ މައްސަލައެއް ސާބިތު ކުރުމަށް ބޭނުންވާ އެންމެހާ ހެކިތަކަކީ ވެސް މިބާވަތުގެ މައްސަލަތައް ސާބިތު ކުރުމަށް ބޭނުން ކުރެވިދާނެ ހެކިތަކެއް ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/150 ޤަޟިއްޔާއާ ޙަވާލާދީ ފާހަގަކޮށްފައިވެއެވެ.

7.2. ކްރިމިނަލް ކޯޓުގެ ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓުގެ ފާހަގަކުރެވުނު ނުކުތާތަކުގެ 20 ވަނަ ނަންބަރުގެ (ނ) ގައި، މި ދަޢުވާ ސާބިތުކުރުމަށްޓަކައި ދައުލަތުން ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 47 ވަނަ މާއްދާގެ (ކ) އާއި (ޅ) ގެ ދަށުން ހުށަހަޅާފައިވާ ހެކިތަކަކީ ވަކިވަކި ބާވަތެއްގެ ހެކިތަކެއްގެ ގޮތުގައި ބެލެވެންނެތް ކަމަށާއި، އެއީ އެއް ހެއްކެކަމަށާއި، އެ ހެކިތަކަކީ ކުއްޖާ ބުނާ ބުނުމެއްގެ މައްޗަށް އެކަނި ބުރަވެވޭ ހެކިތަކެއްކަން އެނގެން އޮންނަކަމަށް ބަޔާންކޮށްފައި ވީނަމަވެސް، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 47 ވަނަ މާއްދާގެ (ހ) އިން (ދ) އަށް ކޮންމެ އަކުރެއްގައި ބަޔާންކޮށްފައިވާ ކަންކަމަކީ ވަކި ހެކިތަކެއްކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/14 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ ކަމަށެވެ.

7.3. އަދި އެ ޤާނޫނުގެ 47 ވަނަ މާއްދާގައި ބުނާ 05 ހެކި ހަމަ ނުވިކަމަށްވީނަމަވެސް ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންކޮށްފައިވާ ފަދައިން މީހަކު ކުށެއްކޮށްފިކަން އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތް މިންވަރަށް ޝަރީޢަތަށް ސާބިތުވާނަމަ، އެކުށް ސާބިތުވާކަމަށް ކަނޑައެޅުމަށް އިސްވެ ދެންނެވުނު ޤާނޫނުގެ 47 ވަނަ މާއްދާ ހުރަސް ނާޅާކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/129 ޤަޟިއްޔާއިން ކަނޑައަޅުއްވާފައިވާ ކަމަށާއި ކްރިމިނަލް ކޯޓުން މައްސަލަ ނިންމާފައިވަނީ މި ބުނެވުނު ޤަޟިއްޔާތަކުގައި ކަނޑައަޅުއްވާފައިވާ އުޞޫލުތަކާއި ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ މަޤުޞަދާ ޚިލާފަށް ކަމަށެވެ.

7.4. 47 ވަނަ މައްދާގައި ބަޔާންކޮށްފައިވާ ބާވަތުގެ ހެއްކެއް ނޫންކަމަށް ބަޔާންކޮށް މި މައްސަލައިގައި ދޫކޮށްލެވި އެންމެހާ ހެކިތަކަކީ ޢާންމު ޖިނާއީ މައްސަލައެއް ސާބިތުކުރުމަށް އޮންނަ އުޞޫލުން ބަލައިގަނެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ.) ގައި މި ބަޔާންކުރާ މިންވަރަށް ދަޢުވާ ސާބިތު ކުރެވޭނެތޯ ނުވަތަ ނޫންތޯ ވަޒަން ކުރެވިދާނެ ހެކިތަކެއް ކަމަށާއި، ޤާނޫނުގެ 47 ވަނަ މާއްދާގެ

(ނ) ގެ ދަށުން ދައުލަތުން ހުށަހެޅި ހެކިތަކަކީ އެމާއްދާގައި ބަޔާންކުރާ ހެކި ކަމަށް ނުބަލައި އެހެކިން އެއްފަރާތްކޮށް އެ ހެއްކަކީ ވުޖޫދުގައި ނުވާ ހެކި ކަމަށް ކަނޑައަޅައި މައްސަލަ ސާބިތު ނުވާ ކަމަށް ދަށު ކޯޓުން ކަނޑައަޅާފައިވާ ކަމަށާއި، އެއީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ މަޤުޞަދު ނޫންކަމަށެވެ.

7.5. އަދި މި ދަޢުވާ ސާބިތުކުރުމަށް ދަށުކޯޓަށް ހުށަހެޅި ހެކިތަކާއި ޤަރީނާތައް އިސްތިއުނާފު ފޯމުގައި ފާހަގަކޮށް އެހެކިތަކުން ނާޡިމުގެ މައްޗަށް މިކުށް ސާބިތުކުރެވޭނެ ކަމަށް ދެކޭ ސަބަބުތައް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ފާހަގަކޮށްފައިވެއެވެ.

7.6. އިސްތިއުނާފު ފޯމުގައި ފާހަގަކޮށްފައި ނުވިނަމަވެސް، މި ބާވަތުގެ ކުށް ސާބިތުކުރުމުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލް ވ. އަޙްމަދު މުޚްތާރު ޤަޟިއްޔާ ގައި ކަނޑައަޅުއްވާފައިވާ އުޞޫލުތައް މިމައްސަލައަށް ތަޠުބީޤު ކުރަންޖެހޭކަމަށް ވެސް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ފާހަގަކޮށްފައިވެއެވެ.

8އިސްތިއުނާފުގެ ޖަވާބުގައި ނާޡިމުގެ ފަރާތުން ބުނެފައިވަނީ، މި މައްސަލައަށް އިންކާރުކުރާ ކަމަށާއި، މައްސަލައާ ގުޅިގެން ދައްކަންހުރީ އޭނާ މައްސަލައާ ބެހޭގޮތުން ތަޙްޤީޤަށް ދީފައިވާ ބަޔާންތަކާއި އަދި ކްރިމިނަލް ކޯޓުގައި ދީފައިވާ ބަޔާންތަކުގައި ހުރި ފާހަގަކުރިކަންކަމަށާއި، މި ހާދިޘާ ހިނގިރޭ ކަންހިނގައިދިޔަގޮތަށް އޭނާ ދަށުކޯޓަށް ދީފައިވާ ބަޔާނުގައި ކިޔާދީފައިވާނެ ކަމަށާއި އެރޭ ކަންހިނގި ގޮތަށް ބަލާއިރު އެއީ ރޭވިގެން ހިނގިކަމެއް ކަމަށް ދެކޭކަމަށެވެ. އިސްތިއުނާފުކުރާ ފަރާތާއި އިސްތިއުނާފު ރައްދުވާ ފަރާތުން އެދޭގޮތް:

9މި މައްސަލައިގައި ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހުގެ ފަރާތުން އެދިފައިވަނީ، ކްރިމިނަލް ކޯޓުގެ ނަންބަރު 267/Cr-C/2015 ޤަސިއްޔާއިން، ނާޘިމުގެ މައްޗަށް ދައުލަތުން ހުށަހެޅި އިތުބާރުކުރެވޭ މަޤާމެއްގައި ހުރެ ކުޑަކުއްޖަކާއެކު ޖިންސީ ޢަމަލެއް ހިންގުމުގެ ކުށުގެ ދަޢުވާ ސާބިތުނުވާކަމަށް ކަނޑައަޅުއްވާފައިވާ ޙުކުމް ބާޠިލްކޮށްދިނުމާއެކު، ނާޡިމުގެ މައްޗަށް މި ދަޢުވާ ސާބިތުވާކަމަށް ކަނޑައަޅައި ނާޡިމުގެ މައްޗަށް އަދަބު ކަނޑައަޅައި ދިނުމަށެވެ.

10މި މައްސަލައިގައި ނާޡިމުގެ ފަރާތުން އިސްތިއުނާފުގެ ޖަވާބުގައި ދެއްކި ވާހަކަތަކުގެ އިތުރުން އެދޭ ގޮތުގައި ވަކި ކަމެއް ފާހަގަކޮށްފައިނުވެއެވެ.

ވަކީލު ފުރުޞަތު

11މި އިސްތިއުނާފާ ގުޅިގެން ނާޡިމުގެ ފަރާތުން ޖަވާބުދާރީވުމަށް ވަކީލެއް އައްޔަނުކުރުމަށް 2021 ޖޫން 06 އިން ފެށިގެން 2023 ޑިސެންބަރު 04 އާ ހަމައަށް އެކިފަހަރު މަތިން ނާޡިމަށް ފުރުޞަތު ދެވިފައިވީނަމަވެސް ނާޡިމުގެ ފަރާތުން މި މައްސަލައަށް ވަކީލަކު ހަމަޖައްސާފައި ނުވެއެވެ. ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، ވަކީލު ހަމަޖެއްސުމަށް އެކަށީގެންވާ ފުރުޞަތު ނާޘިމަށް ދެވިފައިވާ ކަމަށް ޝަރީޢަތަށް ޤަބޫލުކުރެވޭތީ، އިތުރު ފުރުޞަތެއް ނުދިނުމަށް ޝަރީޢަތުން ނިންމައި، އިސްތިއުނާފުގެ ރައްދުގައި ވާހަކަ ދެއްކުމަށް ނާޘިމަށް ޝަރީޢަތުން އެންގިފައިވެއެވެ. ޝަރީޢަތަށް ފާހަގަކުރެވުނު ކަންކަން:

12ކްރިމިނަލް ކޯޓުގެ ނަންބަރު 267/Cr-C/2015 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހުގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާއަށް ބަލާއިރު، އިސްތިއުނާފީ ނުކުތާ ބިނާކޮށްފައިވަނީ މައިގަނޑު ދެކަމެއްގެ މައްޗަށެވެ. އެއީ؟

12.1 ދަޢުވާ ޘާބިތުކުރުމަށް ދައުލަތުން ހުށަހެޅި ހެކިތަކަށް ފުރިހަމައަށް ރިޢާޔަތް ކޮށްފައިނުވާކަމަށް ބުނެ ފާހަގަކުރި ނުކުތާއާއި؛

12.2 ހެކި ވަޒަންކޮށްފައިވާގޮތް މަތީ މަރުޙަލާގެ ކޯޓުތަކުން ނިންމާފައިވާ ނިންމުންތަކާ ޚިލާފުކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.

13HN1ނާޘިމުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދަޢުވާ ސާބިތުކުރުމަށް ހުށަހެޅި ހެކިތަކުގެ ތެރެއިން ޝަރީޢަތުން ރިޢާޔަތްކޮށްފައި ނުވަނީ ކޮންކޮން ހެކިތަކެއް ކަމެއް ދައުލަތުން މި އިސްތިއުނާފުގައި ފާހަގަކޮށްފައިނުވެއެވެ.

14އިސްތިއުނާފުކުރާ ޤަޟިއްޔާއަށް ބަލާއިރު، ނާޡިމުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދަޢުވާ ސާބިތުކުރުމަށް ހުށަހެޅި ހެކިތަކާއި އެ ހެކިތައް ދަށުކޯޓުން ވަޒަންކުރިގޮތާއި އަދި ޝަރީޢަތުން ރިޢާޔަތްކުރިގޮތް ދަށު ކޯޓުގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ ފާހަގަކުރެވުނު ނުކުތާތަކުގެ 20 ވަނަ ނަންބަރުގެ ދަށުން ޝަރީޢަތުން ފާހަގަކޮށްފައިވާކަން އެނގެން އޮވެއެވެ. ދަޢުލަތުން މި މައްސަލައިގައި ހުށަހެޅި އެއްވެސް ހެއްކަކަށް ޝަރީޢަތުން ރިޢާޔަތްކޮށްފައިނުވާކަމަށް ދައުލަތުން ބުނެދެވިފައި ނުވާތީ، މި ވާޤިޢާގެ މައްޗަށް ފާހަގަކުރި ކަންކަމުގައި އިސްތިއުނާފީ ބަހުޘެއް އޮތްކަމަކަށް ނުފެނެއެވެ. ހެކި ވަޒަންކޮށްފައިވާގޮތް މަތީ މަރުޙަލާގެ ކޯޓުތަކުން ނިންމާފައިވާ ނިންމުންތަކާ ޚިލާފުކަމަށް ބުނާ ނުކުތާ:

15ދައުލަތުން ފާހަގަކޮށްފައިވަނީ، ދަށުކޯޓުން ހެކި ވަޒަންކުރިގޮތް އަންނަނިވި އުޞޫލުތަކާ ޚިލާފުކަމަށެވެ.

15.1 ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/14 ޤަޟިއްޔާގައި، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 47 މާއްދާގެ (ހ) އިން (ދ) އަށް ކޮންމެ އަކުރެއްގައި ބަޔާންކޮށްފައިވާ ކަންކަމަކީ ވަކި ހެކިތަކެއްކަމަށް ބަޔާންކުރާ އުޞޫލު؛

15.2 ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/150 ޤަޟިއްޔާގައި، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 47 މާއްދާގެ (ހ) އިން (ދ) އަށް ބަޔާންކުރެވިފައިވާ ހެކިތަކުގެ އިތުރުން މައްސަލަ ސާބިތުކުރުމަށް ހުށަހެޅޭ ހަރުދަނާ އެހެނިހެން ޤަރީނާތަކުގެ މައްޗަށް ރިޢާޔަތްކުރެވިދާނެ ކަމަށް ބުނާ އުޞޫލު؛

15.3 ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/129 ޤަސިއްޔާގައި، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 47 ވަނަ މާއްދާގައި ބުނާ 05 ހެކި ހަމަ ނުވިކަމުގައި ވީނަމަވެސް ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންކޮށްފައިވާ ފަދައިން މީހަކު ކުށެއްކޮށްފިކަން އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތް މިންވަރަށް ޝަރީޢަތަށް ސާބިތުކުރެވޭނަމަ، އެކުށް ސާބިތުވާކަމަށް ކަނޑައެޅުމަށް އެ ޤާނޫނުގެ 47 ވަނަ މާއްދާ ހުރަސް ނާޅާކަމަށް ބަޔާންކުރާ އުޞޫލު.

16ދައުލަތުން ހުށަހެޅި ދަޢުވާ ނާޡިމުގެ މައްޗަށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ކަނޑައަޅާފައިވަނީ، ދަޢުވާ ސާބިތުކުރުމަށް ދައުލަތުން ހުށަހެޅި ހެކިންގެ ހެކިބަހުންނާއި ޤަރީނާތަކުން ޤާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 47 ވަނަ މާއްދާގައި ބަޔާންކުރާ މިންވަރަށް ހެކި ޤަރީނާ ލިބިފައި ނުވާތީ އާއި ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބުނާ މިންވަރަށް ޝަރީޢަތަށް ހެކި ޤަރީނާ ލިބިފައި ނުވާތީކަމަށް ދަށުކޯޓުން ފާހަގަކޮށްފައިވެއެވެ.

17އެ ނިންމުމަށް ވާޞިލުވުމުގައި ހެކި ވަޒަންކޮށްފައިވާ ގޮތަށް ބަލާއިރު، ދަށުކޯޓުން ފާހަގަކޮށްފައިވަނީ އަންނަނިވި ސަބަބުތަކެވެ.

17.1 ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 47 ވަނަ މާއްދާގެ (ޅ) ގެ ދަށުން ދައުލަތުން ހުށަހެޅި ޖެންޑަރ މިނިސްޓްރީން ރިޕޯޓު ތައްޔާރުކުރެއްވި ފަރާތް އަދި އެ މާއްދާގެ (ކ)ގެ ދަށުން ހުށަހެޅި އަނިޔާ ލިބުނު ކުއްޖާ ތަޙުޤީޤަށް ދިން ބަޔާނަކީ އެއް ހެކިކަމަށް؟

17.2 ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 47 ވަނަ މާއްދާގެ (ނ) ގައި ބުނާ ހެކީގެ ގޮތުގައި ދައުލަތުން ހުށަހެޅި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ލ. ކޯޕްރަލް [ އާއި، ލ. ކޯޕްރަލް [ އާއި، ލ. ކޯޕްރަލް [ އާއި، ލ. ކޯޕްރަލް [ އާއި، ލ. ކޯޕްރަލް [ އާއި، ކުއްޖާގެ މަންމަ [ އާއި ކުއްޖާގެ އެއްބަނޑު ދައްތަ [ އާއި، ކުއްޖާގެ ދައްތަ [ އަދި [ އާއި ހެކިބަހަކީ އެ މާއްދާގައި ބުނާ ލޮލަށް ފެނުނު މީހުންގެ ހެކިބަހުގެ ގޮތުގައި ނުހިމެނޭ ކަމަށާއި، އެހެނީ ކޮޓަރިއެއްގެ ތެރޭގައި ތަޅުލައިގެން ތިއްބާ ބަޔަކަށް ފެންނަ ފެނުމަކީ އަދި އެމީހަކު ޖިންސީ ޢަމަލެއް ހިނގިތަން ފެނުން ނޫންކަމަށާއި، އެހެންނަމަވެސް އެއީ ޖިންސީ ޢަމަލެއް ހިންގިކަމަށް ނުވަތަ ހިންގަފާނެކަމަށް ބާރުދޭ ޤަރީނާއެއްކަމަށް. 10

17.3 ދައުލަތުން ހުށަހެޅި ހެކިންގެ ތެރެއިން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ލ. ކޯޕްރަލް [ އާއި، ލ. ކޯޕްރަލް [ އާއި، ލ. ކޯޕްރަލް [ އާއި، ލ. ކޯޕްރަލް [ އާއި، ލ. ކޯޕްރަލް [ އާއި، ކުއްޖާގެ މަންމަ [ އާއި ކުއްޖާގެ އެއްބަނޑު ދައްތަ [ އާއި، ކުއްޖާގެ ދައްތަ [ އަދި [ ހެކިބަހުންނާއި އަނިޔާ ލިބުނު ކުއްޖާގެ މެޑިކޯ ލީގަލް ރެކޯޑަށް ބެލުމުން ނާޡިމް ކުއްޖާއާ މެދު ޖިންސީ ޢަމަލެއް ހިންގިކަން ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ 9 ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-DM/01 ޤަސިއްޔާގައި ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 47 ވަނަ މާއްދާގެ (ޅ) އާއި (ކ) އާއި (ދ) މި އަކުރުތަކުގައި ބުނެފައިވާ ހެކިތަކަކީ ކުއްޖާ ބުނާ ބުނުމެއްގެ މައްޗަށް އެކަނި ބުރަވެވޭ ހެކިތަކެއްގައިވާތީ އެ އަކުރުތަކުގައި ބަޔާންކުރާ ކަންކަމަކީ، އެ ޤާނޫނުގެ 47 ވަނަ މާއްދާގެ ބޭނުމަށް 05 ބާވަތުގެ ހެކިހަމަކުރުމުގައި ވަކިވަކި ބާވަތެއްގެ ހެކިތަކެއްގެ ގޮތުގައި ބެލެވެންނެތްކަމަށް ބަޔާންކުރާ އުޞޫލަށް ރިޢާޔަތްކޮށް. 10 ދަށްކޯޓުގެ ރިޕޯޓުގެ ފާހަގަކުރެވުނު ނުކުތާތަކުގެ 20 ނަންބަރުގެ (ރ)

(އ) ގައި ބުނާ އެމީހަކު ކުށެއްކޮށްފިކަން އެކަށީގެންވާ މިންވަރެއް ޝައްކެއްނެތި ޝަރީޢަތަށް ސާބިތުވާ މިންވަރަށް ހެކި ޤަރީނާ ނުލިބޭ ކަމަށް؛11

17.4 ނާޡިމުގެ މައްޗަށް މިބާވަތުގެ ކުށެއް މީގެކުރިން ސާބިތުވެފައިނުވާކަމަށް ވެސް ޙުކުމަށް ވާޞިލުވުމުގައި ދަށުކޯޓުން ފާހަގަކޮށްފައިވެއެވެ.

18HN2ހެކި ވަޒަންކުރުމުގައި ދަށުކޯޓުން ރިޢާޔަތްކޮށްފައިވާ އުޞޫލުތަކަށް ބަލާއިރު، އެ އުޞޫލުތަކަކީ މި މައްސަލަ ދަށުކޯޓުން ނިންމިއިރު ، މިބާވަތުގެ މައްސަލަތަކުގައި ފައިޞަލާކުރުމުގައި ރިޢާޔަތްކުރެވެމުންދިޔަ އުޞޫލުތަކެވެ.

19ހެކި ވަޒަންކޮށްފައިވާ ގޮތާއި ގުޅޭގޮތުން، މިނުކުތާގައި ދައުލަތުން މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވަނީ، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 47 ވަނަ މައްދާގައި ބަޔާންކޮށްފައިވާ ބާވަތުގެ ހެއްކެއް ނޫންކަމަށް ބަޔާންކޮށް، މި މައްސަލައިގައި ކްރިމިނަލް ކޯޓުން ދޫކޮށްލި އެންމެހާ ހެކިތަކަކީ ޢާންމު ޖިނާއީ މައްސަލަތަކުގައި ހެކި ބަލައިގަންނަ އުޞޫލުން ބަލައިގަނެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންކުރާ މިންވަރަށް ދަޢުވާ ސާބިތު ކުރެވޭނެތޯ ނުވަތަ ނޫންތޯ ވަޒަން ކުރެވިދާނެ ހެކިތަކެއް ކަމަށާއި، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ 11 ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/14 ޤަޝިއްޔާގައި، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 47 ވަނަ މާއްދާގައި ބަޔާންކުރާ ހެކީގެ ތެރެއިން މަދުވެގެން 05 ބާވަތުގެ ހެކި ލިބިފައި ނެތްނަމަވެސް އެފަދަ މައްސަލައެއްގައި ތުހުމަތު ކުރެވޭ މީހެއްގެ މައްޗަށް ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންކޮށްފައިވާ މިންވަރަށް ހެކި ލިބިފައިވޭތޯ ވަޒަންކުރުމުގައި މައްސަލައާ ގުޅިގެން ހުށަހެޅޭ ޝަރީޢަތާއި ޤާނޫނު ހުއްދަކުރާ އެހެނިހެން ހެކިތަކާ ޤަރީނާތަކުގެ މައްޗަށް ބަލައި ވަޒަންކޮށް މައްސަލަ ނިންމުމާގުޅޭ ގޮތުން އެޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ އުޞޫލާއި އަދި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-DM/01 ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކުގެ 03 ވަނަ ނަންބަރުގައި، ޙައްދުގެ މައްސަލަތަކާއި ޤިޞާސްގެ މައްސަލަތައް ފިޔަވައި ޖިނާއީ މައްސަލަތަކުގައި ކުށް ސާބިތުވާ މިންގަނޑަކީ، އެކަށީގެންވާ ޝައްކެތްނެތް މިންވަރުކަން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) އިން އެނގެން އޮންނައިރު، ހުށަހަޅާ ހެކި ޤަރީނާތަކުގެ މައްޗަށް ބަލައި އެކަށީގެންވާ ޝައްކެތްނެތް މިންވަރު ވަޒަންކުރުމުގެ ބާރު ލިބިއޮންނަނީ މައްސަލަ ބަލާ ފަނޑިޔާރަށް ދޫކޮށްލެވިފައިކަމާއި، ކުށުގެ މައްސަލައެއް ސާބިތުކުރުމުގައި އިސްލާމީ ޝަރީޢަތުގައި ވަކިބާވަތެއްގެ ނުވަތަ ވަކި މިންވަރެއްގެ ހެއްކެއް ހުރުން ލާޒިމުކުރާ ބާވަތުގެ ކުށްފިޔަވައި އެހެނިހެން ކުށްތައް ސާބިތުކުރުމުގައި ވަކި ބާވަތެއްގެ ނުވަތަ ވަކިމިންވަރެއްގެ ހެއްކެއް ހުރުން ލާޒިމްކޮށްފައިނުވާކަމާއި މިގޮތުން ބަލާއިރު ކުޑަކުދިންނާއި ޖިންސީ ޢަމަލުތައް ހިންގުމުގެ ކުށަކީ ތަޢުޒީރީ އަދަބެއް ކަނޑައެޅިފައިވާ ކުށެއްކަމުގައިވާއިރު، މިކުށް ސާބިތުކުރުމަށް ވަކި މިންވަރެއްގެ ނުވަތަ ވަކި ބާވަތެއްގެ ހެކިހުރުން އިސްލާމީ ޝަރީޢަތުގައި ލާޒިމްކޮށްފައި ނުވާކަމަށާއި، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ މި މަޤްޞަދަށް އަދި އެމާއްދާގެ ނައްޞައް ބަލާއިރު، ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތައް ޝަރީޢަތުން ބެލުމުގައި އެފަދަ މައްސަލަތަކުގައި ބަލައިގަންނަ ހެކީގެ ގޮތުގައި ހަމައެކަނި ބަލައިގަންނަންޖެހޭނީ އެޤާނޫނުގެ 47 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހެކިތައް އެކަނި ނޫން ކަމާއި އެ ޤާނޫނުގެ 47 ވަނަ މާއްދާގައިވާ ހެކިތަކުގެ އިތުރަށް، މައްސަލަ ސާބިތުކުރުމަށްޓަކައި ހުށައެޅޭ ޝަރީޢަތުން ބަލައިގަންނަ އިތުރު ބާވަތްތަކުގެ ހެކިވެސް ބަލައިގަނެ އެހެކިތަކުގެ މައްޗަށް ޝަރީޢަތުން ރިޢާޔަތްކުރެވިދާނެކަމަށް ބަޔާންކޮށްފައިވާ އުޞޫލަށް ރިޢާޔަތްކޮށް. އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 47 ވަނަ މާއްދާގެ (ނ) ގެ ދަށުން ދައުލަތުން ހުށަހެޅި ހެކިތައް ބަލައި ނުގަތުމަށް ދަށުކޯޓުން ނިންމިނިންމުން، އެ ޤާނޫނުގެ މަޤުޞަދާ ޚިލާފުކަމަށެވެ.

20އެގޮތުން ބަލާއިރު، ޙަވާލާދެވުނު މާއްދާގައި ބަޔާންކުރާ ހެކީގެ ގޮތުގައި ދައުލަތުން ހުށަހެޅި ހެކިތަކާއި ގުޅިގެން ދަށުކޯޓުން ނިންމާފައިވަނީ، އެފަރާތްތަކުގެ ހެކި ބަހަކީ އެ މާއްދާގައި ބުނާ ލޮލަށް ފެނުނު މީހުންގެ ހެކިބަހުގެ ގޮތުގައި ބެލެވެން ނެތްކަމަށެވެ. އެއީ ކޮޓަރިއެއް ތަޅުޅައިގެން ތިއްބާ ބަޔަކަށް ފެންނަ ފެނުމަކީ އަދި އެ އެމީހަކު ޖިންސީ ޢަމަލެއް ހިނގިތަން ފެނުން ނޫންކަމަށެވެ.

21އަދި އެމާއްދާގައި ބަޔާންކުރާ ފަދަ ހެކީގެ ގޮތުގައި އެފަރާތްތަކުގެ ބަސް ޝަރީޢަތުން ބަލައި ނުގަތްނަމަވެސް، ދަޢުވާ ސާބިތުކުރުމާމެދު ގޮތެއް ކަނޑައެޅުމުގައި އެފަރާތުގެ ބަހަށްވެސް ޝަރީޢަތުން ރިޢާޔަތްކޮށްފައިވާކަން ދަށުކޯޓުގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ ފާހަގަކުރެވުނު ނުކުތާތަކުގެ 20 ވަނަ ނުކުތާގެ (ރ) އިން އެނގެން އޮވެއެވެ. މި ނުކުތާގައި ދަށުކޯޓުން ރިޢާޔަތްކުރިގޮތް މި ރިޕޯޓުގެ 17 ވަނަ ނުކުތާގައި އެފަދައިން ބަޔާންކުރެވިފައިއެވަނީއެވެ. ވުމާއެކު މިނުކުތާގައިވެސް، އިސްތިއުނާފީ ބަހުޘެއް އޮތް މިންވަރަށް، ދަށުކޯޓުން ހެދި ގޯހެއް ދައުލަތަށް ބުނެދެވިފައިވާ ކަމަކަށް ނުފެނެއެވެ.

22ވީމާ، މި މައްސަލައިގައި ދަށުކޯޓުން ހެކިވަޒަންކުރުމުގައި ރިޢާޔަތްކޮށްފައިވަނީ އޭރު ޢަމަލުކުރެވެމުން ދިޔަ އުޞޫލުތަކާ އެއްގޮތަށް ކަން އެނގެން އޮންނައިރު، ދަށުކޯޓުން ހެކިވަޒަންކުރިގޮތް ޤާނޫނީ އުޞޫލުތަކާ ޚިލާފުވާގޮތެއް ދައުލަތުން މިއިސްތިއުނާފުގައި ބުނެދެވިފައިވާ ކަމަށް އަހުރެންނަށް ނުދެކެމެވެ.

23ނަމަވެސް، އިސްތިއުނާފީ މި މައްސަލަ ދަށުކޯޓުން ނިންމިފަހުން، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް އަމަލު ކުރުމުގެ ގާނޫނުގެ 47 ވަނަ މާއްދާގެ (ޅ) އާއި (ކ) އާއި

(ދ) މި އަކުރުގައި ބަޔާންކުރާ ކަންކަމަކީ އެ މާއްދާގެ ބޭނުމަށް 5 ބާވަތުގެ ހެކި ހަމަކުރުމުގައި ވަކިވަކި ބާވަތެއްގެ ހެކިތަކެއް ކަމުގައި ބެލެވެންނެތް ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-DM/01 ޤަޝިއްޔާގައި ބަޔާންކޮށްފައިވުމުން ކުއްޖާގެ ހެކިބަސް ކޮރޮބޮރޭޓްކުރުމަށް އެ ގާނޫނުގައި ކަނޑައަޅާފައިވާ ވަސީލަތްތަކުގެ ބޭނުން ކޯޓަށް ހިފަން ހުރަސްއެޅިފައި އޮތުމުން ކުށް ސާބިތުކުރުމުގެ ވަސީލަތްތައް ހަނިވެފައިވާ ކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލް ވ. އަޙްމަދު މުޚްތާރު ޤަޟިއްޔ ގައި ކަނޑައަޅުއްވާފައިވެއެވެ. އަދި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-DM/01 ޤަޟިއްޔާގައި، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 47 ވަނަ މާއްދާގެ (ޅ) އާއި (ކ) އާއި (ދ) ގައި ބަޔާންކޮށްފައިވާ ހެކިތަކަކީ އެ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން 5 (ފަހެއް) ބާވަތުގެ ހެކި ހަމަކުރުމުގައި ވަކިވަކި ބާވަތުގެ ހެކިތަކެއްގެ ގޮތުގައި ބެލިދާނެ ހެކިތަކެއް ނޫންކަމަށް ކަނޑައަޅާފައިވާ ކަނޑައެޅުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-A/16 ޤަޟިއްޔާ އިން ބާޠިލުކޮށްފައިވެއެވެ.

24ޕްރޮސިކިއުޓަރ ޖެނެރަލް ވ. އަޙްމަދު މުޚްތާރު ޤަޟިއްޔ މިމައްސަލައަށް ތަޠުބީޤުކުރެވޭނެ ކަމަށް ދައުލަތުން މި އިސްތިއުނާފުގައި ފާހަގަކޮށްފައިވާތީ އެ ޤަޝިއްޔާގައި ކަނޑައަޅުއްވާފައިވާ އުޞޫލުތަކުގެ އަލީގައި މިމައްސަލައަށް ބަލައިލާނަމެވެ.

25HN3ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލް ވ. އަޙްމަދު މުޚްތާރު ޤަޟިއްޔާގައ ޤާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްސަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު)ގެ 47 ވަނަ މާއްދާގެ ދަށުން ހެކި ވަޒަން ކުރުމުގައި ބަލާނެ އުސޫލު ކަނޑައަޅާފައިވާއިރު، ޤާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްސަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު)ގެ 47 ވަނަ މާއްދާގެ ދަށުން ހެކި ވަޒަން ކުރުމުގައި ބަލާނެ އުޞޫލު ބަޔާންކުރަމުން ފާހަގަކޮށްފައިވަނީ، ކުއްޖާ ކިޔައިދޭ ކިޔައިދިނުމަކީ އަސާސްކަމަށް ބަލައިގެން އެ ކުއްޖާ ކިޔައިދިނުމަކީ އާދަޔާ ޚިލާފަށް ތެދު ކިޔައިދިނުމެއްތޯ ބަލަންވާނެ ކަމަށެވެ. މިފަދަ މައްސަލަތަކުގައި އަނިޔާ ލިބުނު ކުޑަކުއްޖާގެ ބަހަކީ އާދަޔާ ޚިލާފަށް ގަބޫލުކުރެވޭ ބަހެއްތޯ ނުވަތަ ނޫންތޯ ބެލުމުގައި، އެ ކުއްޖާގެ ހެކިބަސް އެތެރެފުށުންނާއި ބޭރުފުށުން އެއްގޮތްވޭތޯއާއި ޝަކުވާ އުފުލި ފަރާތުގެ އަޚުލާގާއި ޢަމަލުތަކާއި، ކުއްޖާގެ އުޅުން ހުންނަ ގޮތުގެ މައްޗަށާއި، މުއްތަހަމާބެހޭ ގޮތުން ޝަކުވާކުރުމުގައި އެއްވެސް ނުނިޔަތެއް އޮތްތޯ ބެލިދާނެ ކަމަށާއި އަދި މިކަންކަން ބެލުމުގައި ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 47 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ވަސީލަތްތަކުގެ ތެރެއިން އެ މައްސަލައެއްގައި ލިބެންހުރި ހުރިހާ ވަސީލަތްތައް ބޭނުން ކުރެވިދާނެކަމަށެވެ.

26ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލް އޮފީސް ވ. އަޙްމަދު މުޚްތާރު ޤަޟިއްޔ ތަފުޞީރުކުރަމުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލް އޮފީސް ވ. އިލްހާމް17 ގަޟިއްޔާގައި ބަޔާންކޮށްފައިވަނީ، މުޚްތާރު ޤަޟިއްޔާގައި ސުޕްރީމް ކޯޓުން ބަޔާންކުރަނީ ކުއްޖާގެ ހެކިބަސް އާދަޔާ ޚިލާފަށް ތެދު ކަމަށް ޤަބޫލުކުރެވޭނަމަ ކުއްޖާ ދީފައިވާ ހެކިބަހުގެ މައްޗަށް ދަޢުވާ ސާބިތު ކުރެވިދާނެކަމަށާއި، މި އުޞޫލުން ކުޑަކުދިންނަށް ކުރާ ޖިންސީ ކުށުގެ ދަޢުވާތައް ސާބިތުކުރުމުގެ އަސާސް ބިނާވަނީ ކުޑަކުއްޖާގެ ހެކިބަހުގެ މައްޗަށްކަން އެނގޭތީ، ކުޑަކުއްޖާގެ ހެކިބަސް ނުނަގައި އެކަން ކުރެވޭނެ ހަމައެއް އޮވެދާނެ ކަމަށް ބުރަނުވެވޭ ކަމަށެވެ.

27HN4ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލް އޮފީސް ވ އަޙްމަދު މުޚްތާރު ޤަޟިއްޔާގައި ސުޕްރީމް ކޯޓުން ގޮތް ނިންމާފައިވަނީ ކުޑަކުއްޖާ ކިޔައިދިން ކިޔައިދިނުމަކީ "އެކުއްޖާގެ ހެކިބަސް" ކަމަށް ބަލައިގެން ކަމަށާއި، ކުޑަކުއްޖާގެ ހެކިބަސް ޤާނޫނުގައި ބަޔާންކުރާ އުޞޫލުން ނެގިތޯ ނުވަތަ ނޫންތޯ އަކީ މުޚުތާރު ޤަޝިއްޔާގައި ކުރިމަތި ކުރެވުނު ސުވާލެއް ނޫންކަން ފާހަގަކޮށް، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ ބޭނުމަށްޓަކައި ކުޑަކުއްޖެއްގެ ހެކިބަސް ހޯދަންވާނެ ގޮތާއި، 17 ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2022/HC-A/407 ޤަޝިއްޔާ. ހެކިބަސް ނެގުމުގައި ޢަމަލުކުރާނެ އުޞޫލު ދިވެހިރާއްޖޭގެ ހައިކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލް އޮފީސް ވ. އިލްހާމް ޤަޟިއްޔާގައި ކަނޑައަޅާފައިވެއެވެ.

28އަދި ދިވެހިރާއްޖޭގެ ޤާނޫނާއި އެއްގޮތަށް ކުޑަކުދިންގެ ހެކިބަސް ނެގުމުގައި، މައްސަލަ ފައިޞަލާކުރާ ފަނޑިޔާރުގެ ޢައިރު ހާޟިރުގައި އަދި މުއްތަހަމުގެ ފަރާތުން ތަމްސީލުކުރާނެ ފަރާތެއްނެތި، ޝަރީޢަތެއްގެ ބޭނުމަށް ހެކިބަސް ނެގުމުގެ އަސާސީ އުޞޫލުތައް އެއްފަރާތްކޮށް، ކުޑަކުއްޖާ ތަޙްޤީޤަށް ކިޔައިދޭ ކިޔައިދިނުން ވީޑިއޯ ކޮށްގެން ޝަރީޢަތަށް ހުށަހަޅާ ހުށަހެޅުން، އެއީ ކުޑަކުއްޖާގެ ހެކިބަސްކަމަށް ބުރަވެ، މީހެއްގެ މައްޗަށް ކުށް ސާބިތު ނުކުރެވޭނެކަމަށް ބުނެފައިވާ ބުނުމާއި، ޤާނޫނުއަސާސީގެ 51 ވަނަ މާއްދާއިން ލިބިދޭ، އޭނާއާ ދެކޮޅަށް ހުށަހަޅާ ހެކިންނާ ސުވާލު ކުރުމުގެ ޙައްޤަކީ ވަކި ބާވަތެއްގެ ކުށަކާއި ގުޅިގެން ޤާނޫނުއަސާސީން އިސްތިސްނާކުރާ ޙައްޤެއް ނޫންކަމާއި، ޤާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްސަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގައިވެސް ކުށެއް ކުރިކަމުގެ ދަޢުވާ އުފުލިފައިވާ މީހަކާއި ދެކޮޅަށް ދަޢުވާކުރާ ފަރާތުން ހުށަހަޅާ ހެކިންނާ ސުވާލުކުރުމުގެ ޙައްޤު އެ ޤާނޫނުގެ ދަށުން މުޠުލަޤަށް ހިފަހައްޓާފައިނުވާކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލް އޮފީސް ވ. އިލްހާމް ޤަޟިއްޔާގައ ފާހަގަކޮށްފައިވެއެވެ. އަދި އަނިޔާ ލިބުނު ކުއްޖާ ހެއްކެއްގެ ގޮތުގައި ހުށަހެޅުމަކާ ނުލައި އަދި އެކުއްޖާ ސީދާ ކިޔައިދޭ އެއްވެސް ކިޔައިދިނުމެއް ފަނޑިޔާރަށް ހުށަހެޅުމަކާ ނުލައި މިބާވަތުގެ ޝަރީޢަތްތައް ކުރިއަށް ނުގެންދެވޭނެކަމަށް ޕްރޮސިކިއުޓަރ ޖެނެރަލް އޮފީސް ވ. އިލްހާމް ޤަޟިއްޔާގައި ކަނޑައަޅާފައިވެއެވެ.

29HN5އިސްތިއުނާފު ކުރެވިފައިމިވާ މައްސަލައަށް ބަލާއިރު، މިމައްސަލައިގެ އަނިޔާ ލިބުނު ކުއްޖާގެ ހެކިބަސް ނަގާފައިވަނީ، މިފަދަ މައްސަލަތަކުގައި ކުޑަކުއްޖާގެ (އަނިޔާލިބުނު ކުއްޖާގެ) ހެކިބަސް ނެގުމާގުޅޭ ގުޅޭގޮތުން، އިސްވެ ފާހަގަކުރި ދިވެހިރާއްޖޭގެ ހައިކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލް އޮފީސް ވ. އިލްހާމް ޤަޟިއްޔާގައ ބަޔާންކޮށްފައިވާ ޤާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްސަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 48 ވަނަ މާއްދާއާއި އަދި އެ ޤާނޫނުގެ 46 ވަނަ މާއްދާގެ (ރ) ގައި ބަޔާންކުރާ އުޞޫލާ އެއްގޮތަށްނޫނެވެ.

30އެހެންކަމުން، ދައުލަތުން ފާހަގަކުރާ ގޮތަށް ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލް އޮފީސް ވ. އަޙްމަދު މުޚްތާރު ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލުތަކަށް ރިޢާޔަތްކުރި ނަމަވެސް، މިބާވަތުގެ މައްސަލަތަކުގައި ދަޢުވާ ސާބިތުކުރުމުގެ އަސާސް ބިނާވަނީ ކުއްޖާގެ ހެކިބަހުގެ މައްޗަށް ކަމަށްވާތީ، ކުއްޖާގެ ހެކިބަސް ނެގުމާގުޅޭ ގޮތުން އިސްވެ ޙަވާލާދެވުނު އުޞޫލުތައް މި މައްސަލައަށް ތަޠުބީޤުކުރަންޖެހޭ ކަމަށް ބުރަވެވޭތީ، ދަށު ކޯޓުން މި މައްސަލައިގައި ނިންމި ނިންމުމަށް ބަދަލުގެންނަންޖެހޭ ޤާނޫނީ އަދި ޝަރުޢީ ސަބަބެއް އޮތްކަމަށް ނުފެނެއެވެ. މައްސަލަ ނިންމަން ފެންނަ ގޮތް:

31އިސްވެ ފާހަގަކުރެވުނު ކަންކަމަށް ރިއާޔަތްކޮށް، ކްރިމިނަލް ކޯޓުގެ ނަންބަރު 267/Cr-C/2015 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް، ދައުލަތުން ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާގެ މައްޗަށް ރިޢާޔަތްކޮށް، އެ ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތްކަމަށް ކަނޑައަޅައި މައްސަލަ ނިންމަން ފެނެއެވެ.

ފަނޑިޔާރު މުޙައްމަދު ފައިޞަލްގެ ރައުޔު

32މި މައްސަލައިގައި ފަނޑިޔާރު މުޙައްމަދު ސަލީމްގެ ރައުޔަށް ތާއިދުކުރަމެވެ.

ފަނޑިޔާރު ޙަސަން ޝަފީޢުގެ ރައުޔު

33މި މައްސަލައިގައި ފަނޑިޔާރު މުޙައްމަދު ސަލީމްގެ ރައުޔުގެ 23 ވަނަ ނުކުތާގެ ނިޔަލަށް ބަޔާންކޮށްފައިވާ ކަންކަމަށް އަހުރެން ވެސް ތާއީދުކުރަމެވެ. އަދި ޕްރޮސިކިއުޓަރ ޖެނެރަލް ވ. އަޙްމަދު މުޚްތާރު ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުސޫލު މި މައްސަލައަށް ތަޠުބީޤުކޮށް ގޮތެއް ކަނޑައެޅުމަށްޓަކައި ދަށުކޯޓަށް މައްސަލަ ތަހުވީލުކުރަން ފެނެއެވެ. • ޙުކުމް: ދެންފަހެ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ސަބަބުތައް އެފަދައިން ހުރުމުން، ކްރިމިނަލް ކޯޓުގެ ނަންބަރު 267/Cr-C/2015 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް އެދި، ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހުގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބިނާކޮށް، އެނިންމުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތްކަމަށް ކަނޑައަޅައި، ދިވެހިރާއްޖޭގެ ހައިކޯޓުގައި މިޤަޟިއްޔާ ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އައްލަބިއްޔަތުން ޙުކުމްކޮށްފީމެވެ. މިޤަޟިއްޔާ ބަލައި ޙުކުމްކުރީ: (ރިޔާސަތު) ފަނޑިޔާރު މުޙައްމަދު ފައިޞަލް

ފުޓްނޯޓު

  1. 30 މޭ 2019 ގައި
  2. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-HCL/11 (އިސްތިއުނާފުކުރުމުގެ ހުއްދައާމެދު ހައިކޯޓުގެ ފަނޑިޔާރުންގެ ނިންމުން މުރާޖަޢާކޮށް ނިމުނުގޮތް)
  3. 17 ޖަނަވަރީ 2021 ގައި
  4. ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހުގެ ނަންބަރު 307 /ކރރކ-2015-1663/2014 (15 އެޕްރީލް 2015 ) ދަޢުވާ ހުށަހަޅާ ފޯމު އަދި ކްރިމިނަލް ކޯޓުގެ ނަންބަރު 267/Cr-C/2015 ޤަޟިއްޔާއާ ގުޅިގެން 23 އެޕްރީލް 2015 ގައި ދައުލަތުގެ ވަކީލް ޝަރީޢަތަށް ދީފައިވާ ބަޔާން.
  5. ކްރިމިނަލް ކޯޓުގެ ނަންބަރު 267/Cr-C/2015 ޤަޟިއްޔާއާ ގުޅިގެން 16 ޖުލައި 2018 އަދި 18 ޖުލައި 2018 ގައި ދައުލަތުގެ ވަކީލް ޝަރީޢަތަށް ދީފައިވާ ބަޔާން.
  6. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/77 ޤަޟިއްޔާ
  7. ހަވާލާދިން ޤަޟިއްޔާ ނިމިފައިވަނީ މި އިސްތިއުނާފުކުރެވޭ މައްސަލަ ނިމުނުފަހުން، މިމައްސަލަ އިސްތިއުނާފުކުރުމުގެ ހުއްދައާމެދު ހައިކޯޓުން "ނިންމިގޮތް" އިސްތިއުނާފުކުރުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅިފައި ވަނިކޮށް ކަމަށް ދައުލަތުން ފާހަގަކޮށްފައިވެއެވެ.
  8. 06 ޖޫން 2021 ގައި މައްސަލައިގެ އަންގާ އެންގުމުގައި ވަކީލް ހަމަޖެއްސުމަށް 07 ދުވަހުގެ ފުރުޞަތު، 30 ސެޕްޓެންބަރު 2021 ގައި ބޭއްވުނު އަޑުއެހުމުގައި ވަކީލް ހަމަޖެއްސުމަށް 10 ދުވަހުގެ ފުރުޞަތު، 19 ފެބްރުވަރީ 2023 ގައި ބޭއްވުނު އަޑުއެހުމުގައި މިއީ ދައުލަތުން ވަކީލު ހަމަޖެހޭ ބާވަތުގެ މައްސަލައެއްކަން ޝަރީޢަތުން ސާފުކޮށްދީ ވަކީލް ހަމަޖެއްސުމަށް 10 ދުވަހުގެ ފުރުޞަތު، އަދި 09 އެޕްރީލް 2023 ގައި ބޭއްވުނު އަޑުއެހުމުގައި މިއީ، ވަކީލު ހަމައްޖެއްސުމަށް ދެވޭނެ އެންމެ ފަހު ފުރުޞަތު ކަމަށް ޝަރީޢަތުން އެންގިފައިވެއެވެ. މިމައްސަލައިގައި 04 ޑިސެންބަރު 2023 ގައި ބޭއްވުނު އަޑުއެހުމާ ހަމައަށްވެސް ނާޘިމުގެ ހަމަޖައްސާފައި ނުވާތީ އިތުރަށް ފުރުޞަތު ނުދިނުމަށް އެ އަޑުއެހުމުގައި ޝަރީޢަތުން ނިންމި.
  9. އިސްތިއުނާފު ކުރެވޭ މައްސަލަ ދަށުކޯޓުން ނިންމާފައިވަނީ، 22 އެޕްރީލް 2019 ގައެވެ.
  10. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/77 ޤަޟިއްޔާ ނިންމާފައިވަނީ 09 މާރިޗު 2020 ގައި.
  11. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-A/16 ޙުކުމްކޮށްފައިވަނީ، 26 ނޮވެންބަރު 2020 ގައިއެވެ. މިޤަޝިއްޔާގައި، ޤާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 47 ވަނަ މާއްދާގެ (ޅ) އާއި (ކ) އާއި (ދ) މި އަކުރުތަކުގައި ބަޔާންކުރާ ކަންކަމަކީ އެ މާއްދާގެ ބޭނުމަށް 5 (ފަހެއް) ބާވަތުގެ ހެކި ހަމަކުރުމުގައި ވަކިވަކި ބާވަތުގެ ހެކިތަކެއްގެ ގޮތުގައި ނުބެލެވޭނެކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-DM/01 ޤަޟިއްޔާގައި ބަޔާންކޮށްފައިވަނީ، ޤާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ މަޤްޞަދާއި ޚިލާފަށް އަދި މިބާވަތުގެ މައްސަލަތަކުގައި ހެކި ވަޒަންކުރުމުގައި ގެންގުޅެންޖެހޭ އުޞޫލުތަކާ ޚިލާފަށްކަމަށް ކަނޑައަޅުއްވާފައިވެއެވެ.
  12. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/77 ޤަޟިއްޔާ
  13. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/77 ޤަޝިއްޔާ
  14. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2022/HC-A/407 ޤަޝިއްޔާ.
  15. ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/77 ޤަޟިއްޔާ
ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

ޝަރީޢަތުގެ ވީޑިއޯ

މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.

ޝެއަރ ކުރައްވާ