ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
2021/HC-A/166

ރައުޝަން ޢަބްދުﷲ ޖަލީލް ވ. މުޙައްމަދު ސަލީމް އަދި އިތުރު 10 މީހުން

ބައެއް ބަދަލުކުރި
ސުޕްރީމް ކޯޓަށް އިސްތިއުނާފުކޮށްފައި ނުވޭ · ރަޖިސްޓްރީ ބެލީ 15 އޮކްޓޫބަރު 2026ޙުކުމުގެ ހާލަތު
ހައިކޯޓު · 11 އޮކްޓޫބަރު 2021ދަށު ކޯޓު: ފެމިލީ ކޯޓު 1818/Fm-C/2019ބާވަތް: ޢާއިލީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
ފެމިލީ ކޯޓު 1818/Fm-C/2019
ފަހުގެ ތާރީޚު
ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް

ކޯ ޓާމްސް

ޚުލާޞާ

ކޯޓަށް އައި ގޮތް
ފެމިލީ ކޯޓުން އެއްބަސްވުމުގެ ދަށުން ފްލޯ ރަޖިސްޓްރީކޮށް ނުދެވޭނެ ކަމަށް ކަނޑައަޅައި، ބަންޑާރަ ގޯތީގައިވާ ޢިމާރާތާއި ނުއުފުލޭ މުދާ 4 ފިރިހެން ދަރިންނާއި 8 އަންހެން ދަރިންނަށް ހަމަހަމައަށް ލިބިގެންވާކަމަށް ޙުކުމްކުރިއެވެ.
ވާޤިޢާ
2008 ގައި ނިޔާވި މަރްޙޫމާއެއްގެ ތަރިކައިގެ މައްސަލަ ކޯޓުތަކުގައި ބަލަމުން ދަނިކޮށް، އޭނާގެ ފިރިހެން ދަރިއަކު (ޢިމާރާތް ބިނާކުރުމުގެ އެއްބަސްވުމެއްގެ ދަށުން 2 ފްލޯ ދަޢުވާކުރި) 2019 ގައި ނިޔާވިއެވެ. ތަރިކައިގައި ބަންޑާރަ ގޯތީގައިވާ 10 ބުރީގެ ޢިމާރާތާއި ނުއުފުލޭ މުދާ ހިމެނެއެވެ.
ކޯޓުން ނިންމަން ޖެހުނު ސުވާލު
ތަރިކައިގެ މައްސަލަ ބަލަމުންދަނިކޮށް ނިޔާވި ވާރިސެއްގެ ވާރިސުންގެ ބަސް ނުހޯދައި، ބަންޑާރަ ގޯތީގައިވާ ޢިމާރާތާއި ނުއުފުލޭ މުދާ ވާރިސުންގެ މެދުގައި ހަމަހަމަ އުޞޫލުން ބެހުމަށް ފެމިލީ ކޯޓުން ކުރި ޙުކުމް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްތޯ.
ޚަޞްމުންގެ ހުށަހެޅުންތައް
ނިޔާވި ވާރިސުގެ ދަރިއަކު ކަމުގައިވާ އިސްތިއުނާފުކުރި ފަރާތުން ބުނީ ނިޔާވި ވާރިސުގެ ވާރިސުންގެ ބަސް ނުހޯދާ ހަމަހަމަ އުޞޫލުން ބެހުމުން ފިރިހެން ދަރިއަކަށް ލިބެންޖެހޭ 16 ބައިކުޅަ 2 ބައި ގެއްލުނު ކަމަށެވެ. ރައްދުވި ފަރާތްތަކުން ބުނީ ނިންމުން ރަނގަޅު ކަމަށާއި އެހެން ވާރިސުން ތަދައްޚުލް ނުވީ ބަހެއް ބުނަން ބޭނުން ނުވާތީ ކަމަށެވެ.
ކޯޓުގެ ސަބަބުތައް
ބަންޑާރަ ބިން ހަމަހަމަ އުޞޫލުން ބެހުނަސް، އެ ބިމުގައިވާ އަމިއްލަ ޢިމާރާތާއި ނުއުފުލޭ މުދާ ބެހެންވާނީ ތަރިކައިގެ ނިސްބަތުން، ނުވަތަ ހުރިހާ ވާރިސުން އެއްބަސްވާނަމަ އެހެން ގޮތަކަށެވެ. ނިޔާވި ވާރިސު ދިރިހުއްޓާ ހަމަހަމަ ބެހުމަށް އެދިފައި ނުވާއިރު، އޭނާގެ ވާރިސުންގެ ބަސް ނުހޯދާ ހަމަހަމަ އުޞޫލުން ބެހުމުން ބޭއިންސާފު މެދުވެރިވުމުގެ އިޙްތިމާލު ބޮޑެވެ.

ނިންމުން

ބައެއް ބަދަލުކުރި

ޙުކުމުގެ ބައެއް ބާޠިލުކޮށް، ވާރިސުންގެ ބަސް ހޯދައި ގޮތެއް ނިންމުމަށް ފެމިލީ ކޯޓަށް އަލުން ބެލުމަށް ފޮނުވި

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 ތަރިކައިގެ މުދަލެއް ވާރިސަކަށް ލިބުމަށް ވާރިސެއްގެ ބަސް ހޯދުން ކޮންމެހެން ލާޒިމެއް ނޫނެވެ؛ ބަސް ނުހޯދިނަމަވެސް ކަނޑައެޅިފައިވާ ނިޞާބާ އެއްގޮތަށް މުދާ ލިބިދީފައިވާނަމަ، ހަމައެކަނި ބަސް ނުހޯދުމަކީ ތަރިކައިގެ ނިންމުން ބާޠިލުކުރުން ހުއްދަ ސަބަބެއް ނޫނެވެ.

HN2 އެހެންނަމަވެސް ވާރިސުން ބުނާ ބުނުމަކުން ނުވަތަ އެދޭ ގޮތަކުން ތަރިކަ ބެހޭ ގޮތަށް ބަދަލު އައިސް، ބަސް ނުހޯދުމުގެ ސަބަބުން ވާރިސެއްގެ ޙައްޤަށް އުނިކަން ލިބޭނަމަ ނުވަތަ ބޭއިންސާފެއް މެދުވެރިވާނަމަ، އެ ވާރިސެއްގެ ބަސް ހޯދުމަކީ ކުރަންޖެހޭ ކަމެކެވެ؛ އެފަދަ ވާރިސަކު ކުރާ ޝަކުވާއަކީ ޙައްޤު ޝަކުވާއެކެވެ.

HN3 ދިރިއުޅުމަށް ދައުލަތުން ޙަވާލުކުރާ ބަންޑާރަ ބިމަކީ ދައުލަތުގެ މިލްކެއް ކަމުން ތަރިކައިގައި ނުހިމެނޭއިރު، އެ ބިން ބަހަންވާނީ ބިމުން ލިބޭ ބެހެނިވެރިންގެ މެދުގައި ހަމަހަމަ އުޞޫލުންނެވެ؛ ނަމަވެސް އެ ބިމުގައިވާ މީހެއްގެ އަމިއްލަ ޢިމާރާތާއި ނުއުފުލޭ މުދަލަކީ ވެރިފަރާތުގެ މިލްކެއް ކަމުން ދައުލަތުގެ މިލްކަކަށް ނުވެއެވެ.

HN4 ބަންޑާރަ ބިމެއްގައިވާ އަމިއްލަ ޢިމާރާތާއި ނުއުފުލޭ މުދާ ވާރިސުންނަށް ނަޤުލުވާނީ، ވާރިސުން އެހެން ގޮތަކަށް އެއްބަސްވެފައި ނުވާނަމަ، ތަރިކައިގެ އުޞޫލުންނާއި ކަނޑައެޅިފައިވާ ނިސްބަތުންނެވެ؛ ހަމަހަމަ އުޞޫލުން ބެހެން އޮންނާނީ ހުރިހާ ވާރިސުން އެގޮތަށް އެއްބަސްވާ ހާލަތުގައި ކަމުން، އެއް ވާރިސަކު ނަމަވެސް އިންކާރުކުރާ ހާލަތުގައި ހަމަހަމަ އުޞޫލުން ނިސްބަތް ކަނޑައެޅުން ޞައްޙައެއް ނުވާނެއެވެ.

HN5 ތަރިކައިގެ މައްސަލަ ނުނިމި ހުއްޓާ ވާރިސަކު ނިޔާވެ، މުދާ ބަހާނެ ގޮތަކާ މެދު އޭނާ އެދުނު ގޮތެއް ނޭނގޭ ހާލަތުގައި، އެކަމުގައި ބަސް ބުނުމުގެ ޙައްޤު ނަޤުލުވަނީ އޭނާގެ ވާރިސުންނަށެވެ؛ އެ ވާރިސުންގެ ބަސް ނުހޯދާ ހަމަހަމަ އުޞޫލުން ބެހުމުން ބޭއިންސާފު މެދުވެރިވުމުގެ އިޙްތިމާލު އޮތްނަމަ ޙުކުމުގެ އެ ބަޔަށް ބަދަލު ގެންނަންޖެހެއެވެ.

HN6 ވާރިސުންގެ ބަދަލުގައި ޝަރީޢަތަށް ޙާޟިރުވާ މީހަކު ބުނާ ބުނުން އެހެން ވާރިސުންގެ ބަހެއްގެ ގޮތުގައި ބެލެވޭނީ އެ ވާރިސުންގެ ފަރާތުން ވާހަކަ ދެއްކުމުގެ ބާރު ދީފައިވާކަން އެނގޭނަމައެވެ.

ވަކީލުންނާއި ފަނޑިޔާރުން

ވަކީލުން
—
ބެންޗު
ޢަލީ ސަމީރު، ޙުސައިން މަޒީދު، ފާޠިމަތު ފަރްހީޒާ
ރިޔާސަތު
—
ރައުޔު ލިޔުނު ފަނޑިޔާރު
ޢަލީ ސަމީރު · ތާއީދުކުރެއްވީ: ޙުސައިން މަޒީދު، ފާޠިމަތު ފަރްހީޒާ
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

1މި މައްސަލައަކީ ފެމިލީ ކޯޓުގެ ނަންބަރު 1818/Fm-C/2019 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއެއްގޮތް ނުވާކަމަށްބުނެ ރައުޝަން ޢަބްދުﷲ ޖަލީލް […] ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފަށް ހުށަހެޅުމުން ބެލުނު މައްސަލައެވެ. މި މައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތްތަކަކީ […] ސަލީމް، އަޙްމަދު ރަޝީދު، ޢަލީ ސަލީމް، ޢޡީމަ އަޙްމަދު،ޝިމްލާ އިބްރާހީމް، ޢަޒްރާ އިބްރާހީމް، ޢަފީފާ އިބްރާހީމް، ޝައުޒާ އިބްރާހީމް، އާމިނަތު ނަޞީރާ، ޒުލައިޚާ އިބްރާހީމް، ޝާދިޔާ އިބްރާހީމްއެވެ.

ކަން ހިނގާފައިވާ ގޮތް

2[…] އުއްމުކުލްޘޫމް ޔޫސުފް 07 މެއި 2008 ގައި ނިޔާވެފައިވާތީ، އެމަރްޙޫމާގެ ތަރިކައިގެ މައްސަލަ ނިންމަވާ ދެއްވުން އެދި އަލްމަރްޙޫމާ އުއްމުކުލްޘޫމް ޔޫސުފްގެ ވާރިސުންގެ ތެރެއިން […] ސަލީމްގެ ފަރާތުން 24 ސެޕްޓެމްބަރ 2009 ވަނަ ދުވަހު ސިވިލް ކޯޓަށް މައްސަލަ ހުށަހެޅިއެވެ. އެ މައްސަލަ ސިވިލް ކޯޓުން ބަލާފައިވަނީ އެ ކޯޓުގެ ނަންބަރު 210/Cv-C/2010 (2194/MC/2009) ޤަޟިއްޔާއިންނެވެ.

3ބުނެވުނު މައްސަލަ ސިވިލް ކޯޓުގައި ބަލަމުންދިޔައިރު، އަލްމަރްޙޫމާ އުއްމުކުލްޘޫމް ޔޫސުފްގެ ވާރިސުންގެ ތެރެއިން […] ޢަބްދުﷲ ޖަލީލު ވަނީ، އަލްމަރްޙޫމާ އުއްމުކުލްޘޫމް ޔޫސުފް އާއި ޢަބްދުﷲ ޖަލީލު އާއި ދެމެދު […] 10 ބުރީގެ ޢިމާރާތެއް ހެދުމަށް 1 ނޮވެމްބަރު 2007 ގައި އެއްބަސްވުމެއްވެފައިވާނެކަމަށް ބުނެ އެ އެއްބަސްވުމުގައިވާ ކަންކަމުގެ މައްޗަށް އަލްމަރްޙޫމާ އުއްމުކުލްޘޫމް ޔޫސުފްގެ ތަރިކައިގެ މައްސަލަ ނިންމާއިރު ރިޢާޔަތްކޮށް ދިނުމަށް އެދިފައެވެ. އެހެންނަމަވެސް އަލްމަރްޙޫމާ އުއްމުކުލްޘޫމް ޔޫސުފްގެ ތަރިކައިގެ މައްސަލަ ސިވިލް ކޯޓުން ބަލައި ނިންމިއިރު ބުނެވުނު އެއްބަސްވުމާއި ގުޅޭ ގޮތުން ސިވިލް ކޯޓުން ގޮތެއް ކަނޑއެޅުމެއްނެތަ އެ ޤަޟި އްޔާގައި ސިވިލް ކޯޓުން ޙުކުމް ކޮށްފައިވަނީ، […] އުއްމުކުލްޘޫމް ޔޫސުފް 07 މެއި 2008 ގައި ނިޔވެފައިވާއިރު، އޭނާގެ ވާރިޘުންގެ ގޮތުގައި ތިބި 12 ވާރިޘުންކަމާއި (މުޙައްމަދު ސަލީމް، އަޙްމަދު ރަޝީދު، ޢަލީ ސަލީމް، ޢަބްދު ﷲ ޖަލީލް، ޢަޡީމާ އަޙްމަދު، ޝިމްލާ އިބްރާހީމް،ޢަޒްރާ އިބްރާހީމް، ޢަފީފާ އިބްރާހީމް، ޝައުޒާ އިބްރާހީމް، އާމިނަތު ނަޞީރާ، ޒުލައިޚާ އިބްރާހީމް، ޝާދިޔާ އިބްރާހީމް ) ވާރިޘުންގެ މެދުގައި ތަރިކައިގެ އުޞޫލުން ބަހައިގެން 04 ފިރިހެން ދަރީން ކުރެ ކޮންމެ ދަރިއަކަށް 16/02 ބައި މިލްކުވާކަމާއި، 08 އަންހެންދަރީން ކުރެ ކޮންމެ ދަރިއަކަށް 16/01 ބައި، މިލްކުވެއްޖެކމަށް ކަނޑައަޅަ އެވެ.

4ސިވިލް ކޯޓުގެ އެ ނިންމުމާއި މެދު ހިތްހަމަ ނުޖެހިގެން އެ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓަށް 04 ޖުލައި 2011 މި ތާރީޚުގައި ޢަބްދު ﷲ ޖަލީލު ހުށަހެޅިއެވެ. ޢަބްދުﷲ ޖަލީލުގެ ފަރާތުން ހުށަހެޅި އެ މައްސަލަ ބަލާފައިވަނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/163 ޤަޟިއްޔާއިންނެވެ. ދިވެހިރާއްޖޭގެ ހައިކޯޓުގެ އެ ޤަޟިއްޔާގައި ޢަބްދުﷲ ޖަލީލުގެ ފަރާތުން ފާހަގަ ކުރި މައިގަނޑު ނުކުތާއަކީ، ޢަބްދުﷲ ޖަލީލު އާއި އޭނާގެ މަންމަ އަލްމަރްޙޫމާ އުއްމުކުލްޘޫމް ޔޫސުފް އާ ދެމެދު 01 ނޮވެމްބަރ 2007 ގައި ވެފައިވާ އެއްބަސްވުމުގެ ދަށުން […] ޢަބްދުﷲ ޖަލީލުގެ ޚަރަދުގައި 10 ބުރީގެ ޢިމާރާތެއް ކޮށްފައިވާއިރު ޢަބްދުﷲ ޖަލީލު އެ ޢިމާރާތަށް ކުރި ޚަރަދު ނުލިބޭ ގޮތަށް އަދި އެއްބަސްވުމުގައި ބުނާގޮތަށް ޢިމާރާތުން 2 ފްލޯރ ރަޖިސްޓްރީ ކޮށްދޭގޮތަށް އަލްމަރްޙޫމާ އުއްމުކުލްޘޫމް ޔޫސުފް އެއްބަސްވެފައިވާގޮތުގެ މައްޗަށް ބެލުމެއްނެތި މި މައްސަލަ ސިވިލް ކޯޓުން ނިންމާފައި އޮތް އޮތުން ޤާނޫނީ ގޮތުން ސައްޙަ ނޫންކަމަށެވެ.

5ސިވިލް ކޯޓުގެ ނަންބަރު 210/Cv-C/2010 (2194/MC/2009) ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް ޢަބްދުﷲ ޖަލީލުގެ ފަރާތުން ހުށަހެޅި ނުކުތާތަކުގެ މައްޗަށް ރިޢާޔަތްކޮށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/163 ޤަޟިއްޔާ އިން ކަނޑައަޅާފައިވަނީ، އަލްމަރްޙޫމާ އުއްމުކުލްޘޫމް ޔޫސުފްގެ ތަރިކައިގެ މައްސަލަ ސިވިލް ކޯޓުން ބަލަމުންދިޔައިރު ޢަބްދުﷲ ޖަލީލުގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި ލިޔުންތަކާ ގުޅޭ ގޮތުން މައުޟޫޢީ ގޮތުން މައްސަލަ ބަލާފައިނުވާކަމަށއާ، މި ބާވަތުގެ މައްސަލަތަކުގައި ތަރިކައާއިމެދު ވަކި ގޮތެއް ކަނޑައެޅުމުގެ ކުރިން، ބަހަން ހުށަހެޅިފައިވާ ތަރިކަ މުދަލުގައި އެހެން ފަރާތެއްގެ ޙައްޤެއް ނުވަތަ އަރަންޏެއްވާނަމަ، ފުރަތަމަ އެއާމެދު ކޯޓުން ގޮތެއް ކަނޑައަޅަން ޖެހޭނެކަމަށާއި، އެހެންކަމުން ޢަބްދުﷲ ޖަލީލްގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި، ޢަބްދު ﷲ ޖަލީލުއާއި އަލްމަރްޙޫމާ އުއްމުކުލްޘޫމް ޔޫސުފްއާ ދެމެދު 1 ނޮވެމްބަރު 2007 ގައި ސޮއި ކުރެވުނު […] 10 ބުރީގެ ޢިމާރާތެއް ހެދުމާބެހޭ އެއްބަސްވުމަށާއި އެކަމާ ގުޅޭ އެހެނިހެން ލިޔެކިއުންތަކަށް ރިޢާޔަތް ކުރައްވައި، މައްސަލައިގއަ ދެންތިބި ޚަޞްމުންގެ ބަހެއް ހޯއްދަވައި، އެކަމާ ގުޅޭގޮތުން ގޮތެއް ކަނޑައެޅުއްވުމަށްޓަކައި ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 46 ވަނަ މާއްދާގެ (ށ) ގެ ދަށުން ސިވިލް ކޯޓަށް މައްސަލަ ތަޙްވީލްކިރަންޖެހޭކަމަށެވެ.

6ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/163 ޤަޟިއްޔާއިން، ސިވިލް ކޯޓުގެ ނަންބަރު 210/Cv-C/2010 (2194/MC/2009) ޤަޟިއްޔާ ގައި އެ ކޯޓުން ކުރައްވާފައިވާ ޙުކުމް ބޠާ ލުކޮށި އެ މައްސަލަ އަލުން ބެލުމަށް ސިވިލް ކޯޓަށް ތަޙްވީލު ކުރުމުން އެ މައްސަލަ އެންމެ ފުރަތަމަ ބަލާފައިވަނީ، ސިވިލް ކޯޓުގެ ނަންބަރު 293/Cv-C/2013 ޤަޟިއްޔާއިންނެވެ. މައްސަލަ ސިވިލް ކޯޓުގައި ބަލަމުން ދަނިކޮށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2015/02/SC ސަރކިއުލަރ އެއްގެ ދަށުން، ތަރިކައިގެ މައްސަލަތައް ބަލާނީ އެކަމަށްޓަކައި ފެމިލީ ކޯޓުގައި ޤާއިމު ކުރެވޭ ޑިވިޜަނކުނަކަމަށް ކަނޑައެޅިގެން ދިޔައެވެ . ބުނެވުނު ސަރކިއުލަރ އަށް ރިޢާޔަތްކޮށް ސިވިލް ކޯޓުން ބަލަމުން ދިޔަ މައް ސަލަ ފެމިލީ ކޯޓަށް ބަދަލު ކުރެވި ފެމެލީ ކޯޓުގެ ނަންބަރު C/2015-/Fm645 ޤަޟިއްޔާއިން އެ މައްސަލަ ބަލަން ފެއްޓުނެވެ. އެހެންނަމަވެސް އަލްމަރްޙޫމާ އުއްމުކުލްޘޫމް ޔޫސުފްގެ ވާރިސުންގެ ތެރެއިން ޢަބްދުﷲ ޖަލީލު 12 ފެބްރުއަރީ 2019 ދުވަހު ނިޔައުވެފައިވާތީ ޢަބްދުﷲ ޖަލީލް ނިޔާވުމާއި ގުޅިގެން ފެމިލީ ކޯޓުން އެ ކޯޓުގެ ނަންބަރު 456/Fm-C/2015 މައްސަލަ އިތުރަށް ކުރިއަށް ގެންދެވެން ނެތްކަމަށް ކަނޑައެޅުމަށްފަހު ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/163 ޤަޟިއްޔާގެ މަޞްލަޙަތު އޮތް ފަރާތަކުން މައްސަލަ ފެމިލީ ކޯޓަށް އަލުން ހުށަހަޅައިފިނަމަ ކުރިއަށް ގެންދިއުމުގެ ފުރުސަތު އޮންނާނެކަމަށް އެ ޤަޟިއްޔާގައި ކަނޑައަޅައި ދަޢުވާ ފޯމް ބާޠިލުކުރިއެވެ.

7އިސްތިއުނާފު ކުރެވިފައިމިވާ ފެމލި ކޯޓުގެ ނަންބަރު 1818/Fm-C/2019 ޤަޟިއްޔާއަކީ، އެކޯޓުގެ ނަންބަރު 456/Fm-C/2015 ޤަޟިއްޔާގައި ކަނޑައަޅާފައިވާ ގޮތާއި އެއްގޮތަށް އަލްމަރްޙޫމާ އުއްމުކުލްޘޫމް ޔޫސުފްގެ ތަރިކައިގެ މައްސަލަ އަލުން ބަލައިދިނުމަށް އަލްމަރްޙޫމާ އުއްމުކުލްޘޫމް ޔޫސުފްގެ ވާރިޘުންކުރެ ފިރިހެން ދަރި މުޙައްމަދު ސަލީމްގެ ފަރާތުން ފެމިލީ ކޯޓަށް 25 ޖުލައި 2019 މި ތާރީޚުގައި ހުށަހެޅުމުން އެކޯޓުން ބަލައި ނިންމި ޤަޟިއްޔާއެވެ. ފެމެލީ ކޯޓުގެ ނަންބަރު 1818/Fm-C/2019 ޤަޟިއްޔާގައި އެ ކޯޓުން ކަނޑައެޅި ނިޔާ

8އިސްތިއުނާފު ކުރެވިފައިމިވާ ފެމިލީ ކޯޓުގެ ނަންބަރު 1818/Fm-C/2019 ޤަޟިއްޔާ ގައި އެ ކޯޓުން ކުރައްވާފައިވާ ޙުކުމަށާއި ފާހަގަކުރައްވާފައިވާ ނުކުތާތަކުގެ މައްޗަށް ބަލާއިރު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/163 ޤަޟިއްޔާއިން ނިންމަވާފައިވާ ގޮތުގެ މައްޗަށް ރިޢާޔަތްކޮށް އަލްމަރްޙޫމާ އުއްމުކުލްޘޫމް ޔޫސުފް ގެ ތަރިކައާމެދު ގޮތެއް ކަނޑައެޅުމުގެ ކުރިން އެ މަރްޙޫމާގެ ވާރިޘުންގެ ތެރެއިން ޢަބްދުﷲ ޖަލީލު ޙަވާލާދިން އެއްބަސްވުމާއި ގުޅޭ ގޮތުން ގޮތެއް ކަނޑައަޅާފައިވެއެވެ. މި އެއްބަސްވުމާއި ގުޅޭ ގޮތުން ފެމިލީ ކޯޓުގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގައި ފާހަގަ ކުރައްވާފައިވަނީ "ހ.އޯލްވޭޒްހެޕީހައުސް ގައި ޢިމާރާތެއް ކުރުމަށް މަރްޙޫމ އުއްމުކުލްޘޫމް ޔޫސުފްއާއި، އެމަރްޙޫމާގެ ފިރިހެން ދަރި، މިހާރު ނިޔާވެފައިވާ މަރްޙޫމ ޢަބްދުﷲ ޖލަ ލީއާއި ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން، އެގޯތީގައިކޮށްފައިވާ ޢިމާރާތުގެ ދެ ފްލޯރ ޢަބްދުﷲ ޖަލީލުގެ ނަމުގައި ރަޖިސްޓްރީކޮށް ދެއްވާނެކަމަށް އެއްބަސްވުމުގައި އޮތް ނަމަވެސް، ހަމައެކަނި އެ އެއްބަސްވުމަށް ބިނާކޮށް އެ ދެފްލޯރ ޢަބްދު ﷲ ޖަލީލުގެ ނަމުގައި ރަޖިސްޓްރީ ކުރުމަކީ، ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނާއި އެ ޤާނޫނުގެ ދަށުން ހަދާފައިވާ ޤަވާޢިދުތަކާ އެއްގޮތަށް ކުރެވޭނެކަމެއް ނޫންކަމަށެވެ. އެހެންކަމުން އެއްބަސްވުމުގައި ބުނާ 2 ފްލޯރ ޢަބްދު ﷲ ޖަލީލުގެ ނަމުގައި ރަޖިސްޓްރީކޮށްދެވެން ނެތްކަމަށާއި އެހެންނަމަވެސް ބުނެވުނު އެއްބަސްވުމުގެ ދަށުން ޢަބްދުﷲ ޖަލީލަށް ލިބެންޖެހޭ ޙައްޤަކަށް އުނިކަމެއް ލިބިފައިވާނަމަ އެ މައްސަލަ ކަމާބެހޭ ކޯޓަށް ހުށަހެޅުމުގެ ފުރުސަތު އެކަމުގެ މަސްލަޙަތު އޮތް ފަރާތަކަށް އޮންނާނެކަމަށެވެ." މިފަދައިންނެވެ.

9ޢަބްދުﷲ ޖަލީލު އާއި އަލްމަރްޙޫމް އުއްމުކުލްޘޫމް ޔޫސުފްއާ ދެމެދު ވެވުނު އެއްބަސްވުމާއި ގުޅޭ ގޮތުން ބުނެވުނު ފަދައިން ގޮތް ކަނޑައެޅުމަށްފަހު، އަލްމަރްޙޫމާ އުއްމުކުލްޘޫމް ޔޫސުފްގެ ތަރިކައިގައި ހިމެނޭ […] އެވެ ކިޔާ ބަންޑާރަ ގޯތީގައިވާ ޢިމާރާތާއި ނުއުފުލޭ މުދަލާއި މެދު ކަނޑައެޅުނު ނިޔާއަކީ، މަރްޙޫމ ގެ 04 (ހަތަރެއ) ފިރިހެން ދަރިނި ކަމުގައިވާ މަރޙް މ ޢަބްދުﷲ ޖަލީލު އާއި މުޙައްމަދު ސަލީމްއާއި އަޙްމަދު ރޝީދުއާއަ ޢަލީ ސަލީމް އަދި މަރްޙޫމާގެ 08 (އަށެއް) އަންހެންދަރިން ކަމުގައިވާ އާމިނަތު ނަޞީރާއާއި ޒުލައިޚާ އިބްރާހީމް އާއި ޝާދިޔާ އިބްރާހީމްއާއި ޢަޡީމާ އަޙްމަދު އާއި ޝިމްލާ އިބްރާހީމް އާއި ޢަޒްރާ އިބްރާހީމް އާއި ޢަފީފާ އިބްރާހީމް އާއި ޝައުޒާ އިބްރާހީމްއަށް ހަމަހަމައަށް ލިބިގެންވާކަމަށެވެ. ފެމެލީ ކޯޓުގެ ނަންބަރު 1818/Fm-C/2019 ޤަޟިއްޔާ ނިމުނުގޮތުގެ ރިޕޯޓުގެ ނަންބަރު 15.

އާ ސްތިއުނި ފ ކުރުމަށް ހުށަހެޅި ނުކުތާ

10ފެމިލީ ކޯޓުގެ ނަންބަރު 1818/Fm-C/2019 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއެއްގޮތް ނުވާކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފު ކޮށްދިނުން އެދި މި މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވަނީ އަލްމަރްޙޫމް ޢަބްދުﷲ ޖަލީލުގެ ވާރިސެއް ކަމުގައިވާ […] ރައުޝަ ން ޢަބްދުﷲ ޖަލީލް އެވެ. ރައުޝަން ޢަބްދުﷲ ޖަލީލުގެ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފީ މި ނުކުތާގެ މައްޗަށާއި މައްސަލައާއި ގުޅިގެން އޭނާގެ ފަރާތުން ދައްކާފައިވާ ވާހަކަތަކުގެ މައްޗަށް ބަލާއިރު، އަލްމަރްޙޫމް ޢަބްދުﷲ ޖަލީލުއާއި އަލްމަރްޙޫމާ އުއްމުކުލްޘޫމް ޔޫސުފްއާދެމެދު ވެފައިވާ އެއްބަސްވުމާއި ގުޅޭގތުނޮ ފެމިލީ ކޯޓުން ކަނޑައެޅި ނިޔާގެ މައްޗަށް މި މައްސަލަ އިސްތިއުނާފު ކުރި ރައުޝަން ޢަބްދުﷲ ޖަލީލުގެ ފަރާތުން އެއްވެސްކަމެއް ފާހަގަ ކޮށްފައެއް ނުވެއެވެ. ރައުޝަން ޢަބްދުﷲ ޖަލީލުގެ ފަރާތުން އިސްތިއުނާފު ބިނާކުރި ހަމައެކަނި ނުކުތާއަކީ، އަލްމަރްޙޫމާ އުއްމުކުލް ޘޫމް ޔޫސުފްގެ ތަރިކައިގައި ހިމެނޭ […] އެވެ ކިޔާ ބަންޑާރަ ގޯތީގައިވާ ޢިމާރާތާއި ނުއުފުލޭ މުދާ އަލްމަރްޙޫމާ އުއްމުކުލްޘޫމްގެ ވާރިސުންގެ މެދުގައި ހަމަހަމަ އުސޫލުން ބެހުމަށް ކަނޑައެޅުމުގެ ކުރިން އަލްމަރްޙޫމާ އުއްމުކުލްޘޫމް ޔޫސުފގެ ވާރިސުންގް ތެރެއިން އެއިރު ނިޔާވެފައިވާ އަލްމަރްޙޫމް ޢަބްދުﷲ ޖަލީލުގެ ވާރިސުންގެ ބަހެއް ހޯދުމަކާއި ނުލައި މައްސަލަ ނިންމާފައިވާކަމަށް ބުނެ ފާހަގަކޮށްފައިވާ ނުކުތާއެވެ.

11ރައުޝަން ޢަބްދުﷲ ޖަލީލުގެ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާތަކުގެ ތަފްޞީލުގައި ދިވެހިރާއްޖޭގެ ހައިކޯޓުގައާ އޭނާގެ ފަރާތުން ބުނެފައިވަނީ، ރައުޝަން ޢަބްދު ﷲ ޖަލީލުގެ އިތުރުންވެސް ޢަބްދުﷲ ޖަލީލުގެ އެހެން ވާރިސުން އެބަތިބިކަމަށާއި މި ގޮތުން ރައުޝަން ޢަބްދުﷲ ޖަލީލުގެ އިތުރުން ޢަބްދުﷲ ޖަލީލު ނިޔާވިއިރު އިން ހުވަފަތް އަނބި ޝަމީމާ މުޙައްމަދާއި އަދި ދެ ފިރިހެން ކުދިން ތިބިކަމަށާއި، އަލްމަރްޙޫމާ އުއްމުކުލްޘޫމް ޔޫސުފްގެ ތަރިކައިގެ މައްސަލަ ނިންމިއިރު މިއިން އެއްވެސް ވާރިސެއްގެ ފަރާތުން ޢަބްދީ ﷲ ޖަލީލަށް ތަރިކައިން ލިބޭ ބަޔާއި މެދު އެދޭގޮތެއް ފެމިލީ ކޯޓުން ސާފުކޮށްފައި ނުވާކަމަށެވެ. އަދި އެ ގޮތަށް އެ ފަރާތްތަކުގެ ބަސް ޝަރީޢަތުގެ ފަރާ ތުން ހޯދިނަމަ ޢަބްދުﷲ ޖަލީލުގެ ވާރިސުންގެ ޙައްޤު ފުރިހަމައަށް ހިމާޔަތްކުރެވުނީސް ކަމަށާއި މި ގޮތުން ތަރިކައިގެ އުސޫލުން […] ކިޔް 10 ބުރީގެ ޢިމާރާތް ބައި ކުރެވުނުނަމަ ބެހޭނީ 16 ބައި ކުޅަ ބަޔަށްކަމަށާއި، އެގޮތަށް ބެހިއްޖެނަމަ ފިރިހެން ދަރިއަކަށް 16 ބައި ކުޅަ 2 ބައި އަދި އަންހެން ކުއްޖަކަށް 16 ބައި ކުޅަ 1 ބައި ލިބޭނެކަމަށާއި 16 ބައި ކުޅަ ދެބައި ލިބޭ މީހަކަށް 10 ބުރީގެ ޢިމާރާތުން 01 ފްލޯރ އަށް ވުރެ އިތުރަށް ލިބެންޖެހޭނެކަމަށާއި، ޢަބްދު ﷲ ޖަލީލުގެ ވާރިސުންގެ ބަހެއްނެތި ތަރިކަ މުދާ ހަމަހަމަ އުސޫލުން ބަހާލުމުން ޢަބްދުﷲ ޖަލީލުގެ ޙައްޤު ގެއްލިގެން ގޮސްފައިވާކަމަށެވެ.

އިސްތިއުނާފީ ނުކުތާގެ ރައްދު

12މި މައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތްތަކުން ދައްކާފައިވާ ވާހަކަތަކުގައި ޖުމްލަ ގޮތެއްގައި ބުނެފައިވަނީ، ފެމިލީ ކޯޓުގެ ނިންމުން ރަނގަޅު ކަމަށާއި، މައްސަލަ ނިންމާފައިވަނީ ޢަބްދުﷲ ޖަލީލުގެ ވާރިސުންގެ ތެރެއިން ރައުޝަން ޢަބްދުﷲ ޖަލީލުއަށް ބަސް ބުނުމުގެ ފުރުސަތު ދީފައި ކަމަށެވެ. އިސްތިއުނާފު ރައްދުވާ ފަރާތްތަކުގެ ތެރެއިން އާމިނަތު ނަސީރާ އާއި ޒުލައިޚާ އިބްރާހީމް އާއި ޝާދިޔާ އިބްރާހީމްގެ ފަރާތުން ބުނެފައިވަނީ، އިސްތިއުނާފުކުރާ ފަރާތުން އެ ފަރާތުގެ އިސްތިއުނާފު ބިނާކުރި ޤާނޫނީ އަސާސް އެކަށީގެންވާ ގޮތެއްގައި ބަޔާންކޮށްދެވިފައިނުވާކަމަށާއި، ޢަބްދުﷲ ޖަލީލުގެ ވާރިސުންގެ ތެރެއިން ރައުޝަން ޢަބްދުﷲ ޖަލީލު ފެމިލީ ކޯޓުގައި މި މައްސަލައަށް ތަދައްޚުލްވެ ބަޔާން ދީފައިވާކަމަށާއި، ޢަބްދުﷲ ޖަލީލުގެ ވާރިސުންގެ ތެރެއިން އެހެން ވާރިސުންގެ ފަރާތުން މައްސަލައަށް ތަދައްޚުލްވެފައި ނުވާކަމަށެވެ. މިހެންކަމުން މި ޙާލަތުގައި ބަލަންޖެހޭނީ އެ ފަރާތްތަކުން މައްސަލައިގައި އެއްވެސް ބަހެއް ބުނަން ބޭނުން ނުވަނީކަމަށެވެ. ފެމިލީ ކޯޓުގެ ނަންބަރ 1818/Fm-C/2019 ޤަޟިއްޔާގެ ޙުކުމުން ފާޅުވާ ޤާނޫނީ ޚިލާފެއް ނުވަތަ ޤާނޫނީ ބަޙުޘެއް އޮތްކަން ރައުޝަން ޢަބްދުﷲ ޖަލީލަށް ބުނެދެވިފައިވޭތޯ ބެލުން

13ރއުޝަން ޢަބްދަ ﷲ ޖަލީލުގެ ފަރާތުން ހުށަހެޅި އިސްތިއުނާފީ ނުކުތާގެ ތަފްޞީލުގައި އޭނާގެ ފަރާތުން ބުނާ މައިގަނޑު ބުނުމަކީ، ރައުޝަން ޢަބްދުﷲ ޖަލީލުގެ އިތުރުންވެސް އަލްމަރްޙޫމް ޢަބްދުﷲ ޖަލީލުގެ ވާރިސުން އެބަ ތިބިކަމަށާއި އަލްމަރްޙޫމާ އުއްމުކުލްޘޫމް ޔޫސުފްގެ ތަރިކައިގެ މައްސަލަ ފެމިލީ ކޯޓުގައި ބެލުނު އިރު އަލްމަރްޙޫމާ އުއްމުކުލްޘޫމް ޔޫސުފްގެ ތަރިކައިގައި ހުރި މުދައު ބަހާނެ ގޮތަކާއި މެދު ޢަބްދުﷲ ޖަލީލުގެ ވާރިސުންގެ ބަހެއް ކޯޓުން ހޯދާފައި ނެތްކަމަށެވެ. އަދި ރައުޝަން ޢަބްދުﷲ ޖަލީލު އާވެސް ކޯޓުން ސުވާލު ކޮށްފައިވަނީ ތަރިކައިގައި ހުރި މުދައު ބަހާނެ ގޮތަކާއި މެދުގައި ނޫންކަމަށާއި، ރައުޝަން ޢަބްދުﷲ ޖަލީލުގެ ފަރާތުން މަޢުލޫމާތު ހޯދާފައިވަނީ، އަލްމަރްޙޫމް ޢަބްދު ﷲ ޖަލީލު އާއި އަލްމަރްޙޫމާ އުއްމުކުލްޘޫމް ޔޫސުފް އާ ދެމެދު ވެފައިވާ އެއްބަސްވުމާއި ގުޅޭ ގޮތުން ކަމަށެވެ.

14HN1HN2މީހަކު ނިޔައުވުމުން އެ މީހަކު ތަރިކައިގެ ގޮތުގައި ދޫކޮށްފައިދާ މުދައުތައް ބަހަންޖެހޭނެ ވަކި މިންވަރުތކަކާއި މިންގަނޑުތަކެއް އިސްލާމީ ޝަރީޢަތުގައި ކަނޑައެޅި ބަޔާންވެގެން އެބަ އޮތެވެ. ދުނިޔެ ދޫކޮށްފައިދާ މުވައްރިޘުގެ މިލްކިއްޔާތުގައި ހިމެނޭ މުދަލެއް، ތަރިކައިގެ އުޞޫލުން ވާރިސުންނަށް ލިބުމުގައި އެ މުދަލެއް ލިބުމަށް ވާރިސެއްގެ ބަސް ކޮންމެހެން އޮތުމަކީ އޭނާއަށް ތަރިކައިން އެ މުދަލެއް ލިބުން ލާޒިމްކުރާނެ ސަބަބެއް ނޫނެވެ. ވާރިސެއްގެ ބަސް ޝަރީޢަތުގެ ފަރާތުން ހޯދާފައި ނުވިނަމަވެސް އެފަދަ ވާރިސަކަށް ކަނޑައެޅިފައިވާ ނިޞާބާއި އެއްގޮތަށް ތަރިކައިން އެ މުދަލެއް އެ މީހަކަށް ލިބިދީފައި އޮތް ނަމަ ތަރިކަ މުދަލާއި މެދު އެ މީހެއްގެ ބަސް ޝަރީޢަތުން ހޯދިފައި ނެތްނެތުމަކީ އެ ސަބަބަށްޓަކައި ތަރިކައިގެ މައްސަލަ އެކު އެކީގައި ބާޠިލުކުރުން ހުއްދަ ސަބަބެއް ނޫނެވެ. އެހެންނަމަވެސް، ތަރިކައިގެ އުސޫލުން މުދަލެއް ބެހިގެންދާއިރު، އެ މައްސަލައިގައި ހިމެނޭ ވާރިސުންގެ ފަރާތުން ބުނާ ބުނުމެއް ނުވަތަ އެދޭ ގޮތެއްގެ ސަބަބުން ތަރިކަ މުދައު ބެހޭ ގޮތަށް ބަދަލު އައިސް އެފަދަ މީހެއްގެ ބަހެއްނުހޯދާ އޮތުމުގަސަބަބުން އެ މީހެއްގެ ޙައްޤަށް އުނިކަން ލިބޭގޮތްވާނަމްނުވަތަ އެފަދަ ވާރިސަކަށް ކަނޑައެޅިގެން ބޭއިންސާފެއް މެދުވެރިވާނަމް އެފަދަ ވާރިސެއްގެ ބަހެއް ތަރިކައިގެ މައްސަލައިގެ ތެރެއިން ހޯދުމަކީ ކުރަން ޖެހޭނެކަމެކެވެ. އަދި އެފަދަ މީހެއްގެ ބަސް ޝަރީޢަތުން ހޯދުމެއް ނެތި އޭނާގެ ޙައްޤަށް އުނިކަން ލިބިގެން ޝަކުވާ ކޮށްފިނަމަ އެކަން ވާނީ ޙައްޤު ޝަކުވާއަކަށެވެ.

15މި ގޮތުން، އަލްމަރްޙޫމާ އުއްމުކުލްޘޫމް ޔޫސުފގެ ތަރިކައިގެ މައްސަލް ފެމިލީ ކޯޓުން ބެލިއިރު، އަލްމަރްޙޫމާ އުއްމުކުލްޘޫމް ޔޫސުފް ގެ ތަރިކަ މުދައު ތަރިކައިގެ އުސޫލުން ބަހާނެ ގޮތަކާއިމެދު އަލްމަރްޙޫމް ޢަބްދު ﷲ ޖަލީލުގެ ވާރިސުންގެ ފަރާތުން ބަހެއް ހޯދިފައި ނުވިނަމަވެސް އަލްމަރްޙޫމް ޢަބްދުﷲ ޖަލީލަށް ތަރިކައިން ލިބެންޖެހޭ ޙައްޤު ޝަރުޢީ މިންގަނޑުތަކާއި އެއްގޮތަށް އަލްމަރްޙޫމް ޢަބްދު ﷲ ޖަލީލަށް ލިބުމުގައި އޭނާގެ ޙައްޤަށް އެއްވެސް މިންވަރަކަށް ހުރަހެއް އެޅިފައިވާކަމުގައި ބެލެވެންނެތްނަމަ ނުވަތަ އަލްމަރްޙޫމް ޢަބްދުﷲ ޖަލީލުގެ ވާރިސުންނަށް ކަނޑައެޅިގެން ބޭއިންސާފެއް މެދުވެރިނުވާނަމަ ފެމިލީ ކޯޓުން އަލްމަރްޙޫމް ޢަބްދުﷲ ޖަލީލުގެ ވާރިސުންގެ ބަހެއް ނުހޯދާ އޮންނަ އޮތުމަކީ ހަމައެކަނި އެ ސަބަބަށްޓަކައި ފެމިލީ ކޯޓުގެ ޙުކުމުގއަ ޤާނޫނީ ބަޙުޘެއް ނުވަތަ ޚިލާފެއް އޮވެގެން އެ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި ބަލަންޖެހޭ ސަބަބެއް ނޫންކަމަށް ބުނެވިދާނެއެވެ. އެހެންނަމަވެސް، އަލްމަރްޙޫމް ޢަބްދުﷲ ޖަލީލުގެ ވާރިސުންގެ ތެރެއިން ރައުޝަން ޢަބްދު ﷲ ޖަލީލުގެ ފަރާތުން ފާހަގަކުރާ ކަންކަމުގެ މައްޗަށް ބަލާއިރު، އަލްމަރްޙޫމާ އުއްމުކުލްޘޫމް ޔޫސުފްގެ ތަރިކަ މުދާ ބެހުމާއި މެދު އަލްމަރްޙޫމް ޢަބްދު ﷲ ޖަލީލުގެ ވާރިސުންގެ ފަރާތުން ދެކޭ ގޮތެއްގެ ސަބަބުން މުދައު ބެހުމުގައި ކޯޓުން ކަނޑައެޅި ހަމައަށް ބަދަލު ގެނެވޭފަދަ ސަބަބެއް އޮތްކަމުގެ އިޙުތިމާލު ފާޅުވާން އޮތްކަން އެނގޭތީ މި މައްސަލައިގައި ރައުޝަން ޢަބްދުﷲ ޖަލީލުގެ ފަރާތުން ފާހަގަ ކުރި އިސްތިއުނާފީ ނުކުތާއާއި އެ ނުކުތާގައި ދެއްކި ވާހަކަތަކަކީ، އެ ނުކުތާތަކުގައި ޤާނޫނީ ބަޙްޘެއް އޮތް ނުކުތާތަކެއް ކަން އެނގެއެވެ. އަލްމަރްޙޫމާ އުއްމުކްލްޘޫމު ޔޫސުފު ގެ ތަރިކަ ބަހާނެ ގޮތަކާއްމެދުއަލްމަރްޙޫމ ޢަބްދުﷲ ޖަލީލުގެ ވާރިސުންގެ ބަސް ފެމިލީ ކޯޓުން ހޯދާފައި އޮތްތޯ ބެލުން

16މި މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރި ފަރާތްކަމުގައިވާ ރައުޝަން ޢަބްދުﷲ ޖަލީލުގެ ބައްޕަ ޢަބްދުﷲ ޖަލީލު 12 ފެބުރުއަރީ 2019 މި ތާރީޚުގައި ނިޔައުވެފައިވާކަމާއި އެ މަރްޙޫމް ނިޔައުވިއިރު އެ މަރްޙޫމްގެ ވާރިޘުންގެ ގޮތުގައި ތިބީ ޢަބްދުﷲ ޖަލީލު ނިޔައުވިއިރު އިން ހުވަފަތް އަނބި މާލެ ދަފްތަރު ނަންބަރު 2911 ޝަމީމާ މުޙައްމަދާއި 02 ފިރިހެންދަރިންކަމަށްވާ ރާއިފު ޢަބްދު ﷲ ޖަލީލު އާއި ރާއިދު ޢަބްދުﷲ ޖަލީލު އަދި 01 އަންހެންދަރިކަމުގައިވާ ރައުޝަން ޢަބްދުﷲ ޖަލީލުކަން ޢަބްދުﷲ ޖަލީލުގެ ވާރިޘުން ސާބިތުކުރުމަށް ހުށަހެޅުމުން ފެމިލީ ކޯޓުން ބަލައި ނިންމާފައިވާ އެ ކޯޓުގެ ނަންބަރު 486/Fm-C/2019 ޤަޟިއްޔާއަށް ބެލުމުނި އެނގެއެވެ.

17އިސްތިއުނާފުކުރެވިފައިމިވާ ފެމިލީ ކޯޓުގެ ނަންބަރު 1818/Fm-C/2019 ޤަޟިއްޔާއަކީ، ކުރިންވެސް ފާހަގަކުރި ގޮތަށް އެ ކޯޓުގެ ނަންބަރު 456/Fm-C/2015 ޤަޟިއްޔާގައި އަލްމަރްޙޫމާ އުއްމުކުލްޘޫމް ޔޫސުފގް ތަރިކައިގެ މައްސަލަ ބަލަމުން ދަނިކޮށް އެ މަރްޙޫމާގެ ވާރިސުންގެ ތެރެއިން ޢަބްދުﷲ ޖަލީލު ނިޔައުވެފައިވާތީ މައްސަލަ ބާޠިލުކުރުމުގެ ސަބަބުން އަލުން ހުށަހެޅުމުން ފެމިލީ ކޯޓުން ބެލުނު މައްސަލައެވެ. ފެމިލީ ކޯޓުގެ ނަންބަރު 456/Fm-C/2015 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށް ބަލާއިރު، އެ މައްސަލައިގެ ތެރެއިން އަލްމަރްޙޫމާ އުއްމުކުލްޘޫމް ޔޫސުފް ގެ ތަރިކައިގައި ހުރި […] އެވެކިޔާ ބަންޑާރަގޯތީގައި ހުރި ޢިމާރާތްތަކާއި ނުއުފުލޭ މުދައު، ތަރިކައިގެ އުސޫލުން ބެހުމުގައި އަލްމަރްޙޫމް ޢަބްދު ﷲ ޖަލީލގެ ފަރާތުނު އެދޭ ގޮތަކީ ކޮބައިކަން ހޯދިފައިވާކަން ނުވަތަ ނޫންކަން އެނގޭކަށްނެތެވެ. އެ ޤަޟިއްޔާގައި (ފެމިލީ ކޯޓުގެ ނަންބަރު 456/Fm-C/2015) ފާހަގަކޮށްފައިވާ ނުކުތއެއްގައާ ފާހަގަކޮށްފައިވަނީ "އަލްމަރްޙޫމާ އުއްމުކުލްޘޫމް ޔޫސުފްގެ ތަރިކައިގެ މައްސަލަ އަލުން ބެލުމަށްދިވެހިރާއްޖޭގެ ހައިކޯޓުން މ އްސަލަ ތަޙްވީލުކުރުމުން ޢަބްދި ﷲ ޖަލީލު އާއި އުއްމުކުލްޘޫމް ޔޫސުފްއާ ދެމެދު ވެފައިވާ އެއްބަސްވުމާއި އެއާއި ގުޅޭ ލިޔުންތަކާއި ގުޅޭ ގޮތުން ގޮތެއް ކަނޑައެޅުމަށްޓަކައ މައްސަލައިގެ އަޑުއެހުންތައް ބޭއްވި ބައެއް ވާރިޘަ ންގްބަޔާން ނެގިފައިވީނަމަވެސް އެއްވެސް ވާރިޘް ކ ބަޔާނުގައި ސޮއިކޮށޭ ފައިނުވާކަނ އެނގޭ" ކަމަށެވެ.

18އިސްތިއުނާފުކުރެވިފައިމިވާ ފެމިލީ ކޯޓުގެ ނަންބަރު 1818/Fm-C/2019 ޤަޟިއްޔާ ގައި ހިމެނޭ ލިޔުންތަކަށް ބަލާއިރު، އަލްމަރްޙޫމާ އުއްމުކުލްޘޫމް ޔޫސުފާއި މަރްހޫމް ޢަބްދުﷲ ޖަލީލު އާއި ދެމެދު ވެފައިވާ އެއްބަސްވުމާއި ގުޅޭ ގޮތުންނާއި، އަލްމަރްޙޫމާ އުއްމުކުލްޘޫމް ޔޫސުފްގެ ތަރިކައިގައި ހުރި […] ކިޔާ ބަންޑާރަ ގޯތީގައި ހުރި ޢިމާރާތާއި ނުއުފުލޭ މުދައު ވާރިސުންނަށް ލިބިދިނުމުގައި ވާރިސުންގެ ފަރާތުނު ދެކޭގޮތް ހާމަކުރުމުގެ ފުރުޞަތު ޝަރީޢަތގު ފަރާތުން ދިނުމުން، އަލްމަރްޙޫމާ އުއްމުކުލްޘޫމް ޔޫސުފްގެ ވާރިސުންގެ ތެރެއިން ޢަލީ ސަލީމްއާއި ޝައުޒާ އިބްރާހީމް އާއި ޝިމްލާ އިބްރާހީމް އާއި އައިމިނަތު ނޞީރާއާއި ޒުލައިޚަ އިބްރާހީމް އާއި ޝާދިޔާ އިބްރާހީމް އާއި ޢަޒީމާ އިބްރާހީމްއާއި ޢަޒްރާ އިބްރާހީމް އާއި ޢަފީފާ އިބްރާހމްގީ ފަރާތުން ފެމިލީ ކޯޓަށް 22 ޖެނުއަރީ 2020 ގައި ދީފައިވާ ބަޔާނުގައި ބުނެފައިވަނީ، އެމީހުންގެ މަންމަގެ ތަރިކައިން އެމީހުންނަށް ޙައްޤުވާ ބައި އޭގެ ޒާތުން ބޭނުންވާކަމުގައެވެ.

19HN6އަލްމަރްޙޫމާ އުއްމުކުލްޘޫމް ޔޫސުފް ގެ ވާރިސުންގެ ތެރެއިން މި މައްސަލަ ފެމިލީ ކޯޓުގައި ހިނގާދިޔައިރު ނިޔައުވެފައިވާ އަލްމަރްޙޫމް ޢަބްދު ﷲ ޖަލީލުގެ ވާރިސުންގެ ތެރެއިން މައްސަލައަށް ތަދައްޚުލްވެފައިވާކަން އެނގެން އޮތީ ހަމައެކަނި ރައުޝަން ޢަބްދުﷲ ޖަލީލެވެ. ރައުޝަން ޢަބްދުﷲ ޖަލީލުގެ ބަދަލުގައި ޝަރީޢަތަށް ޙާޟރުވެފައިވަނި ހުޅުމާލެ މުތް 2 މުޙައްމަދު އިބްރާހީމް އެވެ. ރައުޝަން ޢަބްދުﷲ ޖަލީލުގެ ފަރާތުން މި ފެމިލީ ކޯޓުގެ ނަންބަރު 456/Fm-C/2015 ޤަޟިއްޔާ ނިމުނުގޮތުގެ ރިޕޯޓުގެ 2 ވަނަ ނަންބަރު. މައްސަލައަށް ތަދައްޚުލުވެ އޭނާގެ ބަދަލު ހަމަޖެހިގެން ޝަރީޢަތީ ށ ޙާޟިރުވް މުޙައްމަދު އިބްރާހްމްގެ ފަރާތުނ ދައްކާފައިވާ ވާހަކަތަކުގެ ތެރެއިން 14 އޮކްޓބަރޯ 2019 މި ތާރީޚުގައި ފެމިލީ ކޯޓަށް ދީފައިވާ ބަޔާނުގައި ބުނެފައިވަނީ، އަލްމަރްޙޫމް ޢަބްދު ﷲ ޖަލީލުގެ ވާރިސުން އެދެނީ އަލްމަރްޙޫމާ އުއްމުކުލްޘޫމް ޔޫސުފްގެ ތަރިކައިން ލިބޭ އެއްޗަކާއިއެކު […] 09 ވަނަ ފްލޯރ އާއި ވާރިސުން އެއްބަސްވާ އިތުރު ފްލޯރ އެއް އަލްމަރްޙޫމް ޢަބްދު ﷲ ޖަލީލަށް ދޭނަމަ، އެ ގޮތުގެ މަތިން އިތުރު މައްސަލައެއް ކުރިމަތިނުވާނެހެން މައްސަލަ ޝަރީޢަތުން ނިންމާ ދިނުމަށް ކަމަށެވެ. އަދި ހަމަ އެތާރީޚުގައި ދީފައިވާ ކަމަށް ފެންނަން އޮތް އިތުރު އެހެން ބަޔާނެއްގައި، މުޙައްމަދު އިބްރާހީމް ބުނެފައިވަނީ، […] އަލްމަރްޙޫމް ޢަބްދުﷲ ޖަލީލު ކޮށްފައިވާ ޢިމާރާތުން 2 ފްލޯރ ބޭނުންވަނީ ތަރިކައިން ލިބޭ އެއްޗަކާއެކުގައިކަމަށް ބުނެފައި އެވަނީ، އެ ފްލޯރގެ އިތުރުން ތަރިކައިން އިތުރު އެއްޗެއް ބޭނުންނުވާކަމުގެ މާނައިގައި ކަމަށާއި، އެއްވެސް ޙާލެއްގައި އެ ދެފްލޯރ އަކީ ތަރިކައިން ލިބޭ އެއްޗެއްގެ އިތުރުން ބޭނުންވާ އެއްޗެއް ނޫންކަމަށެވެ. ރައުޝަން ޢަބްދު ﷲ ޖަލީލުގެ ބަދަލުގައި މުޙައްމަދު އިބްރާހީމް ފެމިލީ ކޯޓަށް ދީފައިވާ ބަޔާނުގައި "ޢަބްދުﷲ ޖަލީލުގެ ވާރިސުން އެދެނީ" ކަމަށް ބުނެ ވާހަކަ ދައްކާފައިވީނަމަވެސް މުޙައްމަދު އިބްރާހީމް އަކީ، ރައުޝަން ޢަބްދުﷲ ޖަލީލު ފިޔަވައި އަލްމަރްޙޫމް ޢަބްދުﷲ ޖަލީލުގެ ދެންތިބި ވާރިސުންގެ ފަރާތުން ކޯޓުގައި ވާހަކަ ދެއްކުމުގެ ބާރެއް ދީގެން އެފަދަ ބާރެއްގެ ދަށުން ވާހަކަ ދެއްކި ފަރާތެއްކަން މައްސަލައިގައި ހިމެނޭ ލިޔުންތަކަށް ބެލުމުން އެނގޭކަށް ނެތެވެ. މައްސަލައާއެކު ފެންނަން ހުރި ލިޔުންތަކުން އެނގެން އޮތީ ރައުޝަން ޢަބްދުﷲ ޖަލީލު ފިޔަވައި އަލްމަރްޙޫމް ޢަބްދުﷲ ޖަލީލުގެ ދެން ތިބި ވާރިސުންގެ ބަހެއް މި މައްސަލައިގެ ތެރެއިން ހޯދިފައި ނެތްކަމެވެ. ރައުޝަން ޢަބްދުﷲ ޖަލީލުގެ ފަރާތުން މުޙައްމަދު އިބްރާހީމް ދީފައިވާ ބަޔާނުގައިވެސް އޭނާގެ ވާހަކައިގެ މައިގަނޑު ބިނާކޮށްފައިވަނީ، އަލްމަރްޙޫމް ޢަބްދުﷲ ޖަލީލު އާއި އަލްމަރްޙޫމާ އުއްމުކުލްޘޫމް ޔޫސުފް އާ ދެމެދު ވެފައިވާ އެއްބަސްވުމާއި 14 އޮކްޓބަރޯ 2019 ގައި ރައުޝަން ޢަބްދު ﷲ ޖަލީލުގެ ބަދަލުގައި ޝަރީޢަތަށް ޙާޟިރުވި ހުޅުމާލެ މުތް 2/ މުޙައްމަދު އިބްރާހީ މްގެ ފަރާތުން ބުނެފައިވެއެވެ. ގުޅޭގޮތުން ދެކޭ ގޮތެއްގެ މައްޗަށެވެ. އަލްމަރްޙޫމާ އުއްމުކުލްޘޫމަ ޔޫސުފގެ ތަރިކް އ ނުއަލްމަރްޙޫމ ޢަބްދިﷲ ޖަލީލަށް ލިބެންޖެހޭ ބައީ ބަހަން އޭނާ އެދެނީ ވާރިސުންގެ މެދުގައި ހަމަހަމަކޮށް ކުމެއް ނުވަތަ ޝަރުޢީ އެޞް ލުތަކުގައި ބަޔާންކުރާ ގޮތެއްގެމަތިންކަން ނުވަތަ ނޫންކަން އޭނާގްގާތުގައި އަހައި އެކަން ފެމިލީ ކޯޓުނ ސާފުކޮށްފައިވާތީއެއ ފެންނާކަށްނެތެވެ. އަލްމަރްޙޫމް ޢަބްދުﷲ ޖަލީލުގެ ވާރިސުންގެ ބަސް ފެމިލީ ކޯޓުން ހޯދާފައި ނެތްނެތުމުގެ ސަބަބުން އެ ފަރާތްތަކަށް ބޭއިންސާފެއް މެދުވެރިވޭތޯ؟

20އަލް މރްޙަ މ އުއްމުކުލްޘޫމް ޔޫސުފްގެ ތަރިކައިގައި ހިމެނޭ […] އެވެ ކިޔާ ބަންޑާރަ ގޯތީގައިވާ ޢިމާރާތާއި ނުއުފުލޭ މުދަ ލާއި މެދު ކަނޑައެޅުނު ނިޔާއަކީ، ކުރިންވެސް ފާހަގަކުރި ގޮތަށް މަރްޙޫމާގެ 04 (ހަތަރެއް) ފިރިހެން ދަރިންނާއި މަރޙް މާގޫ 08 (އަށެއް) އަންހެންދަރިންނަށް ހަމަހަމައަށް ލިބިގެންވާކަމަށެވެ.

21HN3HN4[…] ހެޕީހައުސްއެވެ ކިޔާ ގޯތީގެ ޢިމާރާތާއް ގޯތީގެ ރަޖިސްޓްރީއަށް ބަލާއިރު އެއީ ބަންޑާރަ ގޯއްޗެއްކަނާ އެނގެއެވެ. ދިރިއުޅުމަށްޓަކައި ދައުލަތުގެ ފަރާތުން ޙަވާލުކުރާ ބަންޑާރަ ގޯތީގެ ބިމަކީ އެ ގޯތި ޙަވާލުކުރެވޭ ފަރާތުގެ މިލްކެއް ނޫނެވެ. މިހެންކަމުން ދައުލަތުގެ މިލްކިއްޔާތުގެ ތެރޭގައި ހިމެނޭ ބަންޑާރަ ބިން އެއްވެސް ފަރާތެއް ތަރިކައިގެ ތެރޭގައި ހިމެނުމަކީ، ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާއި އެއްގޮތް ކަމެއް ނޫންކަމަށާއި އެފަދަ ބިންބިމަކީ ދައުލަތުގެ މިލްކިއްޔާތުގައި ހިމެނޭ އެއްޗަކަށްވާއިރު އެއީ ތަރިކަ މުދަލެއްގެ ގޮތުގައި ބަލައި ތަރިކަ މުދައު ބަހާ އުޞޫލުން ބިން ބެހުމަކީ މި ބާވަތުގެ މައްސަލަތަކުގައި ޢަމަލުކުރަމުން އަންނަ ގޮތެއް ނޫންކަމަށާއި އެފަދަ ބިމުން ލިބޭ ބެހެނިވެރިންގެ މެދުގައި ހަމަހަމަވާ އުޞޫލުން ބިން ބެހުމަކީ ނުއުފުލޭ މުދާ ތަރިކައިން ލިބިގެން ބަންޑާރަ ގޯތީގެ ބިމުން ލިބުމުގައި ޢަމަލުކުރަމުން އަންނަ އުޞޫލުކަން އެނގެން އޮންނަކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 8A/1-/SC0201 ޤަޟިއްޔާގައި ފާހަގަކުރައްވާފައި އެބަ އޮތެ ވެ. އެ ޤަޟިއްޔާގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ފާހަގަ ކުރައްވާފައި އެވަނީ ބަންޑާރަ ބިން ތަރިކައިގެ އުޞޫލުން ބައި ކުރަން ނުޖެހޭނެކަމަށެވެ. އަދި ބަންޑާރަ ބިން ބައިކުރަން ޖެހޭނީ ބިމުން ލިބޭ ބެހެނިވެރިންގެ މެދުގައި ހަމަހަމަވާ އުޞޫލުން ކަމަށެވެ. މިއީ ބަންޑާރަ ބިމާއި މެދު ކަންކުރަންޖެހޭ ގޮތް ބުނެދޭ ގޮތެވެ. ބަންޑާރަ ބިމެއްގައި ހުންނަ މީހެއްގެ އަމިއްލަ ޢިމާރާތަކާއި ނުއުފުލޭ މުދަލެއް ވާރިސުންގެ ރުހުމެއް ނެތި ހަމަހަމަ އުޞޫލުން ބެހިދާނެކަމަށް މި ޤަޟިއްޔާގައި ކަނޑައަޅާފައެއް ނުވެއެވެ. އަދި އެފަދަ ބިމެއްގައި ހުންނަ އަމިއްލަ މުދަލެއް ބެހުމުގައި ޢަމަލު ކުރަންޖެހޭނީ ހަމަހަމަ އުޞޫލުންކަމަށް ބުނެދީފައިވާ ޤާނޫނެއް ނުވަތަ ޤަވާޢިދެއް ވުޖޫދުގައި ވާތީއެއް ފެންނާކަށްނެތެވެ.

22ދިރިއުޅުމަށްޓަކައި ދައުލަތުގެ ފަރާތުން ޙަވާލުކުރާ ބަންޑާރަ ގޯތީގެ ބިމާއި އެ ގޯއްޗެއްގައި ހުންނަ މީސް މީހުންގެ ނުއުފުލޭ މުދަލަކީ އެކު އެކީގައި ހިނގާ ދޭތި ނަމަވެސް ތަރިކައިގެ އުސޫލުން ބަންޑާރަ ބިން ވާރިސުންނަށް ލިބުމާއި ތަރިކައިގެ އުސޫލުން ބަންޑާރަ ބިމުގައި ހުންނަ މުދައު ވާރިސުންނަށް ލިބުމުގައި ތަފާތު ހުރެއެވެ.

23ކުރިންވެސް ފާހަގަކުރި ގޮތަށް ބަންޑާރަ ބިމަކީ، ދައުލަތުގެ މިލްކިއްޔާތުގައި ހިމެނޭ އެއްޗެއްކަމުގައި ވީނަމަވެސް އެފަދަ ބިމެއްގައި ހުންނަ އަމިއްލަ މީހެއްގެ ޢިމާރާތާއި ނުއުފުލޭ މުދައު އެއީ ދައުލަތުގެ މިލްކިއްޔާތުގެ ތެރެއަށް ވަންނާނެ އެއްޗެއް ނޫނެވެ. އެ ފަދަ މުދަލެއްވާނީ އެ މުދަލެއްގެ ވެރިފަރާތުގެ މިލްކކަ ށެވެ. މީހެއްގެ އަމިއްލަ މިލްކު މުދަލެއް ތަރިކައިގެ އުޞޫލުން ވާރިސުންނަށް ނަޤުލުކުރެވޭނީ ވާރިސުންގެ މެދުގައި އެނޫންގޮތަކަށް އެއްބަސްވެފައި ނެތްނަމަ ތަރިކައިގެ އުޞޫލުން އަދި ތަރިކަ ބެހުމުގައި ކަނޑައެޅިފައިވާ ނިސްބަތުންނެވެ. ތަރިކައިގެ އުޞޫލުން ބެހުމަށް ޝަރުޢީ ހަމަތަކުގެ މަތިން ކަނޑައެޅިފައި އެ އޮންނަ ގޮތް ނޫން ގޮތަކަށް ބެހޭނީ ދިވެހިރާ އްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު A/18-/SC2010 ޤަޟިއްޔާގެ (1) ވަނަ ނަންބަރުގެ (ރ) ހުރިހާ ވާރިސުންގަ މެދުގައި އެ ނޫންގޮތަކަށް މުދައު ބެހުމަށް އެއްބަސްވާ ޙާލަތުތަކުގައެވެ. މިސާލަކަށް މ މައްސަލައިގައި ނަމެބަންޑާރަ ބިމެއްގައި ހުރި […] ޢިމާރާތާއި ނުއުފުލޭ މުދާ ވާރިސުންގެ މެދުގައި ބަހަން ބޭނުންވަނީ ހަމަހަމަ ކޮށްކަމަށް އެ މުދައު ތަރިކައިން ލ ބޭ އްންމެންގް މެދުގައި އެއްބަސިވުމެއ ވެފައާ އޮތްނަމްއެއްބަސްވެފައިވްއެ އުސޫލުންއަދި އެ ނިސްބަތުން ކަނޑައެޅި ކަނޑައެޅުން ރަނގަޅުކަމަށް ބެލިދާނެއެވެ. އެހެންނަމަވެސްތަރިކައިންލިބޭ މުދައްއެ ފަދައިނާ ހަމަހަމަކޮށް ބެހުމަށް ވާރިސުންގެ ފަރް ތުނ އެކަކު ނަމަވެސްއިންކާރު ކުރާ ޙާލަތުގައި ހަމަހަމަ އުސޫލުން ތަރިކައިގެ ނިސްބަތް ކަނޑައެޅުން ސައްޙައެއ ނުވާނެއެވެ.

24މި މައްސަލައިގައި ފެންނަން ހުރި ލިޔުންތަކަށާއި އޭގެ ކުރިން ކޯޓުތަކުގައި ހިނގާދިޔަ އަލްމަރްޙޫމާ އުއްމުކުލްޘޫމް ޔޫސުފްގެ ތަރިކައިގެ މައްސަލައާ ގުޅިގެން ހުށަހެޅުން ޤަޟިއްޔާތަކުގެ މައްޗަށް ބަލާއިރު، އަލްމަރްޙޫމް ޢަބްދުﷲ ޖަލީލު ދުނިޔޭގައި ހުރިއިރު، އޭނާގެ ފަރާތުން ދީފައިވާ އެއްވެސް ބަޔާނަކުން އަލްމަރްޙޫމާ އުއްމުކުލްޘޫމް ޔޫސުފްގެ މުދައު އޭނާ ބަހަން އެދެނީ ހަމަހަމަ އުސޫލަކުން ކަމަށް ބުނެ ބަޔާން ދީފައިވާތީ އެއް ފެންނާކަށް ނެތެވެ. އެއާއި ޚިލާފަށް އަލްމަރްޙޫމި އުއްމުކުލްޘޫމް ޔޫސުފްގެ ތަރިކައިގެ މައްސަލަ އެންމެ ފުރަތަމަ ބެލުނު ސިވިލް ކޯޓުގެ ނަންބަރު 210/Cv-C/2010 (2194/MC/2009) ޤަޟިއްޔާއިން […] ހުރި ޢިމާރާތާއި ނުއުފުލޭ މުދާ ބަހާފައިވަނީވެސް ހަމަހަމަ އުސޫލަކުން ނޫންކަމާއި ތަރިކައިގެ އުސޫލުންކަން އެނގެން އޮވެއެވެ. މިހެންކަމުން އަލްމަރްޙޫމް ޢަބްދުﷲ ޖަލީލުގެ ދުނިޔޭގައި އޭނާއަށް އޭނާގެ މަންމަ އަލްމަރްޙޫމާ އުއްމުކުލްޘޫމް ޔޫސުފްގެ ތަރިކައިން ލިބޭ މުދައު ބެހުމުގައި ހަމަހަމަ އުސޫލުން ބަހަން އޭރުވެސް އޭނާ އެދިފައި ނުވާކަން އެނގެއެވެ.

25HN5އަލްމަރްޙޫމާ އުއްމުކުލްޘޫމް ޔޫސުފް ނިޔައުވުމަށްފަހު އެ މަރްޙޫމާގެ ތަރިކައިގެ މައްސަލަ ނުނިމި ވަނިކޮށް އަލްމަރްޙޫމް ޢަބްދުﷲ ޖަލީލު ނިޔައުވެފައިވާތީ އާއި އަލްމަރްޙޫމާ އުއްމުކުލްޘޫމް ޔޫސުފގެ ތަރިކް އިގައަ ހުރި މުދައު ބެހުމުގައި ޢަމަލު ކުރާނެ ގޮތަކާއި މެދު ޢަބްދުﷲ ޖަލީލުގެ ދުނިޔޭގައި އޭނާގެ ފަރާތުން އެދިފައިވާ ގޮތެއް އެނގެން ނެތް ޙާލަތުގައި އެ ކަމުގައި ދެން ބަހެއް ބުނުމުގެ ޙައްޤު ނަޤުލުވާނީ އަލްމަރްޙޫމް ޢަބްދުﷲ ޖަލީލުގެ ވާރިސުންނަށެވެ. މި މައްސަލައިގައި ފެންނަން ހުރި ލިޔުންތަކުގެ މައްޗަށް ބަލާއިރު ކުރިންވެސް ފާހަގަކުރި ގޮތަށް ރައުޝަން ޢަބްދުﷲ ޖަލީލު ފިޔަވައި އަލްމަރްޙޫމް ޢަބްދުﷲ ޖަލީލުގެ ދެން ތިބި ވާރިސުންގެ ބަހެއް މި މައްސަލައިގެ ތެރެއިން ފެމިލީ ކޯޓުން ހޯދިފައެއް ނުވެއެވެ. ރައުޝަން ޢަބްދުﷲ ޖަލީލުގެ ފަރާތުން މުޙައްމަދު އިބްރާހީމް ފެމިލީ ކޯޓަށް ދީފައިވާ ބަޔާނުގައިވެސް އޭނާގެ ވާހަކައިގެ މައިގަނޑު ބިނާކޮށްފައިވަނީ، އަލްމަރްޙޫމް ޢަބްދުﷲ ޖަލީލު އާއި އަލްމަރްޙޫމާ އުއްމުކުލްޘޫމް ޔޫސުފް އާ ދެމެދުވެފައިވާ އެއްބަސްވުމާއި ގުޅޭގޮތުން ދެކޭ ގޮތެއްގެ މައްޗަށެވެ. އަލްމަރްޙޫމާ އުއްމުކުލްޘޫމް ޔޫސުފް ގެ ތަރިކައިން އަލްމަރްޙޫމް ޢަބްދުﷲ ޖަލީލަށް ލިބެންޖެހޭ ބައި ބަހަން އޭނާ އެދެނީ ވާރިސުންގެ މެދުގައި ހަމަހަމަކޮށް ކަމެއް ނުވަތަ ޝަރުޢީ އުސޫލުތަކުގައި ބަޔާންކުރާ ގޮތެއްގެ މަތިންކަން ނުވަތަ ނޫންކަން އޭނާގެ ގާތުގައި އަހައި އެކަން ފެމިލީ ކޓުނޯ ސާފުކޮށްފައިވާތީއެއް ފެންނާކަށްނެތެވެ.

26މިހެންކަމުން އަލްމަރްޙޫމް ޢަބްދުﷲ ޖަލީލުގެ ވާރިސުންނަށް އަލްމަރްޙޫމާ އުއްމުކުލްޘޫމް ޔޫސުފްގެ ތަރިކައި މުދައު ބެހުމުގައި ކަންކުރާނެ ގޮތުގެ ބަހެއް ބުނުމުގެ ފުރުޞަތު ނުލިބޭ ގޮތަށް ފެމިލީ ކޯޓުން މައްސަލަ ބެލިގެން ދިއުމގު ސަބަބުން އެ މީހުންނަށް ލިބެން އޮތް ޙައްޤު އުނިވުމުގެ ފުރުސަތު އޮތުމާއި އެކަމުގެ ސަބަބުން އެ ފަރާތްތަކަށް ބޭއިންސާފެއް މެދުވެރިވުމުގެ އިޙްތިމާލު ފާޅުކަން ބޮޑު ގޮތެއްގައި ފެންނާން އޮތަތީ، މި މައްސަލައިގައި އަހުރެން ދެކެނީ، ޢަބްދުﷲ ޖަލީލުގެ ވާރިސުންގެ ބަހެއް ހޯދުމެއް ނެތި މަރްޙޫމ އުއްމުކުލްޘޫމް ޔޫސުފްގެ ތަރިކައިގައި ހިމެނޭ […] އެވެ ކިޔާ ބަންޑާރަ ގޯތީގައިވާ ޢިމާރާތާއި ނުއުފުލޭ މުދާ އެ މަރްޙޫމާގެ ވާރިސުންގެ މެދުގައި ހަމަހަމަ އުސޫލުން ބެހުމަށަ ފެމިލީ ކޯޓުނާ ކުރައްވާފްއިވ ޙުކުމުގެ އެ ބަޔަށެބަދަލު ގެންނަންޖެހޭނެ ކަމަށެވެ. އިދި އަލްމަރްޙޫމާ އުއްމުކުލްޘޫމް ޔޫސުފްގި ތަރިކައިގައި ހުރި […] ކިޔާ ބަންޑާރަ ގޯތީގައިވާ ޢިމާރާތާއި ނުއުފުލޭ މުދާ ވާރިސުންގެ މެދުގައި ބަހަން ބޭނުންވާ ގޮތެއް ކޯޓުން ބަލައި އަލްމަރުޙޫމް ޢަބްދްﷲ ޖަލީލުގެ ވާރިސުންގެ ފަރާތުންއެ ތަރިކަ ބެހުމުގައި ދެކޭ ގޮތެއްވެސް ބެލުމަށްފަހު އެކަމުގައި ގޮތެއް ނިންމުމަށްޓަކައި މައްސަލަ ފެމިލީ ކޯޓަށް ތަޙްވީލު ކުރަންޖެހޭކަމަށެވެ.  ޙުކުމް: ވީމާ، އިސްވެދިޔަ ސަބަބުތައް އެފަދައިން ހުރުމުން، ފެމިލީ ކޯޓުގެ ނަންބަރ 1818/Fm-C/2019 ޤަޟިއްޔާގެ ޙުކުމުގައި ހިމެނޭ ބައިތަކުގެ ތެރެއިން، އަލްމަރްޙޫމާ އުއްމުކުލްޘޫމް ޔޫސުފްގެ ތަރިކައިގައި ހިމެނޭ […] އެވެ ކިޔާ ބަންޑާރަ ގޯތީގައިވާ ޢިމާރާތާއި ނުއުފުލޭ މުދަލަކީ އަލްމަރްޙޫމާ އުއްމުކުލްޘޫމް ޔޫސުފްގެ 04 (ހަތަރެއ) ފިރިހެން ދަރިން ކަމުގައިވާ އަލްމަރްޙޫމް ޢަބްދުﷲ ޖަލީލު އާއި މުޙައްމަދު ސަލީމްއާއި އަޙްމަދު ރަޝީދުއާއި ޢަލީ ސަލީމް އަދި މަރްޙޫމާގެ 08 (އަށެއ) އަންހެންދަރިން ކަމުގައިވާ އާމިނަތު ނަޞީރާއާއި ޒުލައިޚާ އިބްރާހީމް އާއި ޝާދިޔާ އިބްރާހީމްއާއި ޢަޡީމާ އަޙްމަދު އާއި ޝިމްލާ އިބްރާހީމް އާއި ޢަޒްރާ އިބްރާހީމް އާއި ޢަފީފާ އިބްރާހީމް އާއި ޝައުޒާ އިބްރާހީމްއަށް ހަމަހަމައަށް ލިބިގެންވާކަމަށް ކަނޑައަޅައި ކޮށްފައިވާ ޙުކުމްގެ އެ ބައި ބާޠިލުކޮށް، އަލްމަރްޙޫމާ އުއްމުކުލްޘޫމް ޔޫސުފްގެ ތަރިކައިގައި ހިމެނޭ […] އެވެ ކިޔާ ބަންޑާރަ ގޯތީގައިވާ ޢިމާރާތާއި ނުއުފުލޭ މުދައު ބަހަން ބޭނުންވާ ގޮތަކީ ކޮބައިކަން އަލްމަރްޙޫމާ އުއްމުކުލްޘޫމް ޔޫސުފްގެ ވާރިސުންގެ ތެރެއިން ދުނިޔޭގައި ތިބި ވާރިސުންގެ 2021/HC-A/l 66 O:>:I0 /0/ � /C:>/ 0 t., , �,,o.,,, , � o >�,,, .?✓•_,< .?/A ,.PA.,,1 ,.P A/1/" /"A_,< .,0 .S.?✓.J<.? A A/"/".,OJ<.,I ., ., ., ., //0/ :>t./ / Ot.X / ::>/t. ;)/0/ >(' / // 0/ Ot./ t.:, /0�/ t. ox>� 0 > � A'-'f!?.r.?..J-A t./"V A.,0.S A.S.,?VA ✓.,,J.r.?_r./ A.SA/,-....JA.,? .,? A/Of> .SV.,0.,0_,<.,,1 A .,,-V.,,1 ,-....J /".,0 .S / .,,, .,,,. ,,,, .,,,. :> /0 / > >>t\ :,:,:,� t.:,.,,,,.:,(:) t.t.LO� t. O; >t. O :>/ // 0/ / :I :>> :,_,,,, t. (22/2010 _,,,,,,,.,.,.,., rr.s J rr.s .SV.,Of!?V .ScAJ<✓ .P.,r .r.?/Ot> /"/A /,-....JA.,? A.S.-'J,_;...,A.? A ., ., ., t. �0 / 0 ,,,, t. >X t. ox> 0/ 0/(:) t. / / 0,,,, 0 :, / t. /°"fl A,_;.., .S .? /".,0.? .S.,O .S A .,,-v/ ,.P✓..,0 .rf!?V /.,?.,,1 /__,A.,? /".r_r .S 46 1 .,,, .,,, ,,,, � � �., t. t. ox O:,:, 0 :> � 0 • .J' .,?.,I .rV .,?V ./. /" .S.,I .,0AA � .,,,, ,,,,, > o,, .,,,,,,, �o .,, :_,<v .,?V✓• A/"" /1A,_;...,.S.,? , .,,, ,,,,,. ,,,, �- � 0.,,,, ,,,,, � :, ,,,,,,,. .,,,,. ::, � ,,,,,. :, .,, 0 ,,,, :, ::,� ,,,, (!.,/_,,,.,I .,0 .?ft.,I _,,, .?__, /.,,:, _,,, /1 t./".,I .,r (!.? /"A,-......,./. _,< /1 t. /".,,/ � ., � � .,,, -:t,, ,,,,,. ,,,,,. oP ,o-:- c: '* o> > > >-:1- o(? ,,, c:u.o* , ,: .,: , www-highcourt-gov-mv :;-,: ::.....:; info@highcourt-gov-mv -.;-_: ;-:

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

ޝަރީޢަތުގެ ވީޑިއޯ

މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.

ޝެއަރ ކުރައްވާ