ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
2021/HC-A/402

ޓްރެޝަރ ބިޒް އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑް ވ. މޯލްޑިވްސް ނެޝަނަލް ޝިޕިންގ ލިމިޓެޑް

ބައެއް ބަދަލުކުރި
ސުޕްރީމް ކޯޓަށް އިސްތިއުނާފުކޮށްފައި ނުވޭ · ރަޖިސްޓްރީ ބެލީ 15 އޮކްޓޫބަރު 2026ޙުކުމުގެ ހާލަތު
ހައިކޯޓު · 27 ނޮވެމްބަރު 2024ދަށު ކޯޓު: ސިވިލް ކޯޓު 4670/Cv-C/2019ބާވަތް: މަދަނީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
ސިވިލް ކޯޓު 4670/Cv-C/2019
ފަހުގެ ތާރީޚު
ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް

ކޯ ޓާމްސް

ޚުލާޞާ

ކޯޓުން ނިންމަން ޖެހުނު ސުވާލު
ކުލި ހޯދުމާއި ކުލީގެ އެއްބަސްވުން ބާޠިލުކުރުމުގެ ދަޢުވާއެއް ދަޢުވާލިބޭ ކުންފުނީގެ ޣައިރު ޙާޟިރުގައި ސިވިލް ކޯޓުން ހިންގައި ޙުކުމްކުރުމުގައި ކޯޓަށް މީހުން ޙާޟިރުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާޢިދުގެ 26 އަދި 28 ވަނަ މާއްދާއާ ޚިލާފުވެފައިވޭތޯ؛ އަދި އިޖުރާއީ ޢައިބެއް ނެތް ނަމަވެސް ޣައިރު ޙާޟިރުގައި ކުރި ޙުކުމް އެއްފަރާތްކުރަންޖެހޭ ޙާލަތެއް އޮތްތޯ.

ނިންމުން

ބައެއް ބަދަލުކުރި

ބައެއް ބަދަލުކުރި؛ ކުލީގެ ފައިސާއާ ބެހޭ ބައި ބާޠިލުކޮށް އަލުން ބެލުމަށް ސިވިލް ކޯޓަށް ފޮނުވި (ޣައިރު ޙާޟިރުގައި ހިންގުމުގައި އިޖުރާއީ ޢައިބެއް ނެތް)

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

މަދަނީ › ބިމާއި އިމާރާތް ކުއްޔަށް ދިނުން

HN1 މަދަނީ އިޖުރާއަތުގެ ޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިން މަދަނީ މައްސަލަތައް ޣައިރު ޙާޟިރުގައި ހިންގުމުގައި ޢަމަލުކުރަމުން ދިޔައީ ކޯޓަށް މީހުން ހާޟިރުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާޢިދާ އެއްގޮތަށެވެ؛ އެ ޤަވާޢިދުގެ 26 ވަނަ މާއްދާގައިވާ ގޮތުން ކުންފުންޏަކަށް ޙާޟިރުވުމުގެ އަމުރު ރައްދުކުރަނީ މަސައްކަތް ހިނގަމުންދާ އިދާރާއަށް، އެގޮތަށް ނުކުރެވޭނަމަ ރަޖިސްޓްރީ ކުރެވިފައިވާ އެޑްރެހަށް، އަދި އެ އެޑްރެހާ ގުޅުމެއް ނެތްނަމަ ރަޖިސްޓްރީ ކޮށްދީފައިވާ ފަރާތުން މަސްޢޫލުވެރިން ސާފުކޮށް އެމީހުންނަށެވެ.

މަދަނީ › ބިމާއި އިމާރާތް ކުއްޔަށް ދިނުން

HN2 ޤަވާޢިދުގެ 28 ވަނަ މާއްދާގެ (ހ) ގައި ޣައިރު ޙާޟިރުގައި މައްސަލަ ހިންގޭނެ ދެ ގޮތެއް ބަޔާންކުރެއެވެ: އަމުރު ލިބި މަޤުބޫލު ޢުޛުރެއް ނެތި ޙާޟިރުނުވުން؛ ނުވަތަ ދީފައިވާ އެޑްރެހުގައި ނެތި ވީތަނެއް ނޭނގޭނަމަ ޚަބަރު ފަތުރާ ވަސީލަތަކުން އިޢުލާނުކުރުމަށްފަހު އިޢުލާނުގައިވާ ވަގުތަށް ޙާޟިރުނުވުމެވެ.

މަދަނީ › ބިމާއި އިމާރާތް ކުއްޔަށް ދިނުން

HN3 ޣައިރު ޙާޟިރުގައި މައްސަލަ ހިންގާނަމަ ވަކި ތާރީޚަކާއި ގަޑިއެއް ދަޢުވާލިބޭ ފަރާތަށް އެނގިފައި އޮތުން ލާޒިމުކުރެއެވެ؛ ދަޢުވާލިބޭ ފަރާތް އުޅޭ ތަން ނޭނގޭނަމަ ޚަބަރު ފަތުރާ ވަސީލަތްތަކުން އިޢުލާނުކުރަނީ އެއް ފަހަރު ކަމުން، އެ ފުރުޞަތުގައި ޙާޟިރުނުވާނަމަ އިތުރު ނޯޓިހަކާ ނުލައި ޣައިރު ޙާޟިރުގައި މައްސަލަ ހިންގޭނެއެވެ (އިބްރާހީމް ތައުފީޤު ވ. ޢަބްދުﷲ ލަޠީފް).

HN4 ދަޢުވާ ފޯމުގައިވާ އެޑްރެހާއި ރަޖިސްޓްރީ އެޑްރެހަށް އަމުރު ފޮނުވުމާއި، ރަތް ޗިޓު ހަރުކުރުމާއި، ކަމާބެހޭ ވުޒާރާއިން ކުންފުނީގެ މަޢުލޫމާތު ސާފުކޮށް އެ އެޑްރެހަށް ފޮނުވުމާއި، އިޢުލާނުކުރުމަށްފަހު ޙާޟިރުނުވުމުން ޣައިރު ޙާޟިރުގައި މައްސަލަ ހިންގުމަކީ ޤަވާޢިދުގެ އުޞޫލާ އެއްގޮތަށް ކުރެވުނު ކަމެއްކަމުން، އެއީ އިޖުރާއީ ޢައިބެއް ނޫނެވެ؛ އަދި ދަޢުވާ ހިނގަމުންދަނިކޮށް ދަޢުވާލިބޭ ފަރާތުން ހުށަހެޅި އެހެން ދަޢުވާއަކުން މައްސަލަ ހިނގާކަން ނޭނގޭކަމަށް ބުނުމަށް ބުރަދަނެއް ނުލިބެއެވެ.

HN5 ޣައިރު ޙާޟިރުގައި ނިންމާ މަދަނީ މައްސަލައެއް ހައިކޯޓަށް އިސްތިއުނާފުކުރުމުން، (ހ) އިޖުރާއީ އުނިކަމެއް ނުވަތަ ޢައިބެއް އޮތުން، ނުވަތަ (ށ) އެފަދަ ޢައިބެއް ނެތް ނަމަވެސް ދަޢުވާލިބޭ ފަރާތަށް ކާމިޔާބުވުމުގެ އެކަށީގެންވާ ފުރުޞަތެއްއާއި އެކަށީގެންވާ ދިފާޢެއް އޮތުން މި ދެ ޙާލަތުން ކޮންމެވެސް ޙާލަތެއް އޮތްނަމަ، ޝަރުޠުތަކާއެކު ނުވަތަ ޝަރުޠަކާ ނުލައި ޙުކުމް އެއްފަރާތްކޮށް ދަށުކޯޓަށް ތަޙުވީލުކުރަންވާނެއެވެ؛ މިކަމުގައި ޙުކުމްކުރިފަހުން ހޭދަވި މުއްދަތާއި ދަޢުވާކުރި ފަރާތަށް ލިބިދާނެ ގެއްލުމަށް ރިޢާޔަތްކުރަންވާނެއެވެ (އެޓޯލް ބެންޑް ވ. މޫސާ ޢަބްދުއްރަޙީމް).

HN6 ފައިސާ ދެއްކިކަމަށް ހުށަހަޅާ ލިޔުންތަކުގެ ޞައްޙަކަމާއި ޢަދަދުތައް އިސްތިއުނާފީ މަރުޙަލާގައި ބަޙުޘްކޮށް ކަނޑައެޅުމަކީ އިސްތިއުނާފުގެ އުޞޫލުތަކާ ނުބައްދަލުވާ ކަމަކަށްވުމާއެކު، ޤާނޫނުއަސާސީން ކަށަވަރުކޮށްދޭ އިސްތިއުނާފުކުރުމުގެ ޙައްޤުގެ ތެރެއިން އެއް މަރުޙަލާ ޚަޞްމުންނަށް ގެއްލޭނެ ކަމެކެވެ.

މަދަނީ › ބިމާއި އިމާރާތް ކުއްޔަށް ދިނުން

HN7 ޣައިރު ޙާޟިރުގައި ކުރި ޙުކުމުގެ ބައެއް އެއްފަރާތް ނުކޮށްފިނަމަ އެއް ފަރާތަކަށް ނުޙައްޤު މަންފާ (unjust enrichment) ލިބުމުގެ އިޙްތިމާލު އޮތްނަމަ، އެންމެ ޢަދުލުވެރި ގޮތަކީ އެ ބައި ބާޠިލުކޮށް އަލުން ގޮތެއް ކަނޑައެޅުމަށް ދަށުކޯޓަށް ތަޙުވީލުކުރުމެވެ.

މަދަނީ › ބިމާއި އިމާރާތް ކުއްޔަށް ދިނުން

HN8 ޣައިރު ޙާޟިރުގައި ކުރި ޙުކުމެއް ދަށުކޯޓުގައި އަލުން ބަލައި، ދަޢުވާލިބޭ ފަރާތަށް މައްސަލަ ގެއްލިއްޖެނަމަ، އަލުން ޝަރީޢަތް ހިންގުމަށް ހިނގި އެކަށީގެންވާ ޚަރަދުތައް ހޯދުމަށް ދަޢުވާކުރުމުގެ ޙައްޤު ދަޢުވާކުރި ފަރާތަށް ލިބިގެންވެއެވެ.

ވަކީލުންނާއި ފަނޑިޔާރުން

ވަކީލުން
—
ބެންޗު
މުޙައްމަދު ސަލީމް، ޙަސަން ޝަފީޢު، ފާޠިމަތު ފަރްހީޒާ
ރިޔާސަތު
—
ރައުޔު ލިޔުނު ފަނޑިޔާރު
މުޙައްމަދު ސަލީމް · ތާއީދުކުރެއްވީ: ޙަސަން ޝަފީޢު، ފާޠިމަތު ފަރްހީޒާ
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

ފަނޑިޔާރު މުޙައްމަދު ސަލީމުގެ ރައުޔު

މައްސަލައގި ތަޢާރުފު:

1މިއީ، ސިވިލް ކޯޓުގެ ނަންބަރު C/2019-v4670/C ޤޟިއްޔަ ނިންމާފައވާގޮތި ޝަރުޢީ ނުވަތަ ޤާނޫނީ ހަމަތަކާ އެއްގޮތް ނުވާކަމަށްބުނެ އެ މައްސަލަ އިސްތިއުނާފު ކުރުމަށް އެދި ޓްރެޝަރ ބިޒް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް (މީގެ ފަހުން މިރިޕޯޓުގައި "ޓްރެޝަރ ބިޒް އިންޓަރނޭޝަނަލް" ނުވަތަ " އިސްތިއުނާފުކުރާ ފަރާތް") ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯ ޓުގައ އިސްތިއުނާފި ކުރުމނު ބަލާފައިވާ މައްސަލައެވެ. މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ މޯލްޑިވްސް ނޭޝަނަލް ޝިޕިންގ ލިމިޓެޑް (މީގެ ފަހުން މިރިޕޯޓުގައި "މޯލްޑިވްސ ނޭޝަނަލް ޝިޕިންގ" ނުވަތަ "އިސްތިއުނާފ ރައްދުވު ފަރާތް") އެވެ. ފަސްފަހަތް:

2މާލެ […] ގްރައުންޑް ފުލޯރ، 12 އެޕްރީލް 2011 އިން ފެށިގެން 10 އަހަރު ދުވަހުގެ މުއްދަތަށް ޓްރެޝަރ ބިޒް އިންޓަރނޭޝަނަލަ ށ ކުއްޔަށް ދިނުމާ ގުޅޭގޮތުން މޯލްޑިވްސް ނެޝަނަލް ޝިޕިންގ ލިމިޓެޑާއި ޓްރެޝަރ ބިޒް އިންޓަރނޭޝަނަލއް ދެމެދު 12 އެޕްރީލް 2011 ގައި އެއްބަސްވުމެއަ ހެދުނެވެ.

3ބުނެވިދިޔަ އެއްބަސްވުމުގެ ދަށުން، ޓްރެޝަރ ބިޒއިންޓަރނޭޝަނަލް އިން ދައްކަންޖެހޭ ކުލި ބަރާބަރަށް ދައްކަމުން ނުދިއުމުގެ ސަބަބުން، ކުލީގެ ގޮތުގައި ލިބެންޖެހޭ 00.3,047,000 (ތިން މިލިއަން ސާޅީސ ހަތް ހާސް) ރުފިޔާ އަދި ކުލި ނުދެއްކުމުގެ ސަބަބުން، ޖޫރިމަނާ ފައިސާގެ ގޮތުގައި ދަޢުވާ ހުށަހެޅުމާ ހަމައަށް 00.1,3,07,220 (އެއް މިލިއަން ތިންލައްކަ ހަތްހާސް ދުއިސައްތަ ވިހި ރުފިޔާ) އާއި އެކު ޖުމްލަ ރަޖިސްޓަރީ ނަންބަރު: 758/2008-No:C ރަޖިސްޓަރީ ނަންބަރު: 899/2008-C Ship Plaza– LEASE AGREEMENT ގެ 1 އަދި 2 ވަނަ މާއްދާ 4,354,220.00 )ހަތަރު މިލިއަން ތިންލައްކަ ފަންސާސް ހަތަރު ހާސް ދުއިސައްތަ ވިހިރުފިޔާ) ހޯދުމަށާއި އަދި އެއްބަސްވުން ބާޠިލްކޮށް ތަންހުސްކޮ ށ މޯލްޑިވްސް ނެޝަނަލް ޝިޕިންގ އާ ތަން ޙަވާލުކުރުމށަ ޓްރެޝަރ ބިޒްއިންޓަރނޭޝަނލްގެ މައްޗަށަ އަމުރުކޮށްދިނުމަށް އެދިމޯލްޑިވްސ ނެޝަނަލް ޝިޕިންގ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅިއެވެ.

4ސިވިލް ކޯޓުގެނަންބަރު 4670/Cv-C/2019 ޤަޟިއްޔާއިން ބަލާފައިވާ އެމައްސަލައިގައި މޯލްޑިވްސް ނެޝަނަލް ޝިޕިންގގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި ދަޢުވާ ފޯމުގައި ޓްރެޝަރ ބިޒް އިންޓަރނޭޝަނަލް ގެ އެޑްރެސްގެ ގޮތުގައި ބަޔާންކޮށްފައިވާ އެޑްރެހަށާއި، އެކުންފުނީގެ ރަޖިސްޓަރޑް އެޑްރެހަށް ކޯޓަށް ޙާޟިރުވުމުގެ އަމުރު ފޮނުވުމުން އެ އެޑްރެސްތަކުނ އަމުރް ރައްދުކުރެވިފައި ނުވާތީ، ކޯޓަށް މީހުން ޙާޟިރުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ގަވާއިދުގެ 28 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން ސިވިލް ކޯޓުގެ ނަންބަރު CR2/2021/55-144/B2 ) 18 ޖަނަވަރީ 2021 ) އިޢުލާނުން އިޢުލާންކުރުމުން ވެސް ޓްރެޝަރ ބިޒްއިންޓަރނޭޝަނަލްގެ ފަރާތުން ޖަވާބުދާރީ ވާނެ ފަރާތެއް ޙާޟިރުވެފައި ނުވާތީ، އެ ޤަޟިއްޔާ ހިންގައި ޙުކުމްކޮށްފައިވަނީ ޓްރެޝަރ ބިޒް އިންޓަރނޭޝަނަލްގެ ޣައިރު ޙާޟިރުގައެވެ. ސިވިލް ކޯޓުން މައްސަލަ ނިންމިގޮތް:

5ޓްރެޝަރ ބިޒް އިންޓަރނޭޝަނަލްގެ ޣައިރު ޙާޟިރުގައް ޙުކުމްކުރި އެޤަޟިއްޔާ ނިންމާފައިވަނީ އަންނަނިވި ފަދައިންނެވެ. "ދެންފަހެ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކަށް ރިޢާޔަތްކުރާއިރު، […] އެވާ ކިޔާ ބިމުގައިވާ ޢިމާރާތުގެ ގްރައުންޑް ފްލޯރ 10 (ދިހައެއް) އަހަރަށް ކުއްޔަށް ދިނުމަށް މޯލްޑިވްސް ނެޝަނަލް ޝިޕިންގ ލިމިޓެޑާއި ޓްރެ ޜަރ ބިޒް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑާ ދެމެދު 12 އޭޕްރީލް 2011 ގެ ތާރީޚުގައި ސޮއިކޮށްފައިވާ އެއްބަސްވުމުގެ 2019 ޑިސެންބަރު 15 ގައި ސިވލ ކޯޓަށް ހުށަހެޅް ދަޢުވި ފޯމުގެ 7 ވަނަ ނަންބަރު ސިވިލް ކޯޓުގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ 2 ވަނަ ނަންބަރު. ދަށުން ދައްކަންޖެހޭ ކުލި އެއްބަސްވުމާ އެއްގޮތަށް ޓްރެޜަރބިޒ އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑުން ދައްކާފައިވާކަން އެނގެން ނެތުމުން، ކުލީގެ ގޮތުގައި ދައްކަންޖެހި ނުދައްކައިވާ 4,517,000.00ރ. (ހަތަރު މިލިއަން ފަސްލައްކަ ސަތާރަ ހާސް ރުފިޔާ) އަކީ މޯލްޑިވްސް ނެޝަނަލް ލިމިޓެޑަށް ޓްރެޜަރީ ބިޒް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑުން ދައްކަންޖެހޭ ފައިސާއެއްކަމަށާއި، އެއްބަސްވުމުގެ މުއްދަތު ހަމަވެފައިވާތީ މިތަން ބޭނުންކުރުމުގެ ޙައްޤު ޓްރެޜަރބިޒ އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑަށް މިހާރު ލިބިގެންނުވާ ކަމަށާއި ޖޫރިމަނާގެ ގޮތުގައި ނަގައިދިނުމަށް އެދިފައިވާ ފައިސާއަކީ ޝަރީޢަތުން ނަގައިދެވޭނެ ފައިސާއެއް ނޫންކަމަށް ކަނޑައަޅައި، މިޤަޟިއްޔާގައި ސާބިތުވެފައިވާ 4,517,000.00ރ. (ހަތަރު މިލިއަން ފަސްލައްކަ ސަތާރަ ހާސް ރުފިޔާ) މޯލްޑިވްސް ނެޝަނަލް ޝިޕިންގ ލިމިޓެޑަށް ލިބިދިނުމުގެ ގޮތުން 24 ޖޫން 2021 އިން ފެށިގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި ސިވިލް ކޯޓަށް ދައްކައި މި ދަރަނި ޚަލާސްކުރުމުށާއި، […] އެވާ ކިޔާ ބިމުގައިވާ ޢިމާރާތުގެ ގްރައުންޑް ފްލޯރ ހުސްކޮށް 30 ޖޫން 2021 ގެ ނިޔަލަށް މޯލްޑިވްސް ނެޝަނަލް ޝިޕިންގ ލިމިޓެޑާ ޙަވާލުކުރުމަށް ޓްރެޜަރީ ބިޒް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑަށް އަންގައި، ޓްރެޜަރި ބިޒް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑު ގެ ޣައިރު ޙާޟިރުގައި ޙުކުމްކޮށްފީމެވެ." އިސްތިއުނާފީ ނުކުތާތައް:

6ސިވިލް ކޯޓުން ބަލާފައިވާ އެ ކޯޓުގެ ނަންބަރު 4670/Cv-C/2019 ޤަޟިއްޔާގައި ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށްބުނެ، ޓްރެޝަރ ބިޒް އިންޓަރނޭޝަނަލގް ފަރާތުން އަންނަނިވި ނުކުތާތައް ހުށަހަޅާފައިވެއެވެ.

1.6. ކޯޓަށް މީހުން ހާޟިރުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާއިދުގެ 26 ވަނަ މާއްދާގެ (ށ) އާއި އެ މާއްދާގެ (ރ) އާ ޚިލާފަށް ސިވިލް ކޯޓުން ޢަމަލުކޮށްފައިވާ ކަމަށް ބުނެ ފާހަގަކުރި ނުކުތާ؛

2.6. ކޯޓަށް މީހުން ހާޟިރުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާއިދުގެ 28 ވަނަ މާއްދާގެ (ހ) ނުބައިކޮށް މާނަކޮށް، އަދި އެ މާއްދާއާއި ޚިލާފަށް ޓްރެޝަރ ބިޒް އިންޓަރނޭޝަނަލް ގެ ޣައިރު ޙާޟިރުގައި މައްސަލަ ހިންގައި ނިންމާފައިވާ ކަމަށް ބުނެ ހުށަހެޅި ނުކުތާ؛

3.6. އިސްތިއުނާފުކުރެވިފައިވާ މައްސަލައަކީ ކުލީގެ އެއްބަސްވުމަކާގުޅޭމައްސަލައެއް ކަމަށްވާއިރު، މައްސަލައިގައި ސުވާލު އުފެދިފައިވަނީ އެއްބަސްވުމުގެ މުއްދަތު ހަމަވެފައިވުމުގެ މައްޗަށާއި، އެއްބަސްމުގެ ދަށުން ވަކި މުއްދަތެއްގެ ކުލި ދައްކާފައިވާކަން ނުވަތަ ނުވާކަމުގެ މއްޗަށަ ކަމަށް ވީއިރު، އިސްތިއުނާފު ރައްދުވާ ފަރާތުން އެއްބަސްވުމުގެ މުއްދަތު އިތުރު 5 އަހަރަށް އިތުރު ކޮށްދީފައިވަނިކޮށް، އަދި ބައެއް މަސްތަކުގެ ކުލި ދައްކާފައިވަނިކޮށް އިސްތިއުނާފުކުރާ ފަރާތުގެ ބަހެއް ހޯދުމަކާ ނުލައި، އެއްބަސްވުމުގެ މުއްދަތު ހަމަވެފައިވާ ކަމަށް ކަނޑައަޅުއްވާފައިވުމާއި، އިސްތިޢުނާފ ރައްދުވު ފަރާތުން ހުށަހެޅި ސްޓޭޓްމަންޓަކަށް އެކަނި ރިޢާޔަތްކޮށް އިސްތިޢުނާފުކުރާ ފަރާތުން ކުލި ދައްކާފައި ނުވާކަމަށް ކަނޑައަޅުއްވާފައިވަނީ ޤާނޫނު ނަންބަރު 76/24 (ހެއްކާބެހޭ ޤާނޫނު)ގެ 6 ވަނަ މާއްދާއާ ޚިލާފށަ ކަމަށް ބުނެ ހުށަހެޅި ނުކުތާ. އިސްތިއުނާފީ ނުކުތާތަކާ ގުޅިގެން ދެފަރާތުން ދެއްކި ވާހަކަތަކުގެ ޚުލާޞާ:

7އިސްތިއުނާފީ ފުރަތަމަ ނުކުތާ އަދި ދެވަނަ ނުކުތާއާ ގުޅިގެން ޓްރެޝަރ ބިޒް އިންޓަރނޭޝަނަލގް ފަރާތުން މައިގަނޑު ގޮތެއްގައި ބުނެފައިވަނީ؛

1.7. ކޯޓަށް މީހުން ހާޟިރުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާއިދުގައި ކޯޓަށް މީހުން ޙާޟިރު ކުރުމުގައި ޢަމަލު ކުރަންޖެހޭ ވަކި ގޮތެއް އަދި ކުންފުނިތައް ކޯޓަށް ޙާޟިރުކުރުމުގައި ޢަމަލު ކުރަންޖެހޭ ވަކި ގޮތެއް ބަޔާންކޮށްފައިވާ ކަމަށާއި، އެގޮތުން ކުންފުނި އަދި ޖަމްޢިއްޔާ ފަދަ ފަރާތްތައް ހާޟިރުކުރުމުގައި އަމަލުކުރަންޖެހޭ ގޮތް ބަޔާންކުރަނީ ކޯޓަށް މީހުން ހާޟިރުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާއިދުގެ 26 ވަނަ މާއްދާގައި ކަމަށާއި، އެގަވާއިދުގެ 28 ވަނަ މާއްދާއަކީ ދަޢުވާ ލިބޭފަރތަކާ ވަކި ފަރުދަކަށް ވާނަމަ ޢަމަލުކުރަންޖެހޭ ގޮތް ކަމަށާއި، މި މައްސަލއަކަ ކުންފުންޏެއްގެ މައްޗަށް ދަޢުވާކޮށްގެން ހުށަހެޅި މައްސަލައެއް ކަމުގައި ވާތީ، މި މައްސަލައިގައި ޙަޤީޤތުގައަ އެ ގަވާއިދުގެ 28 ވަނަ މާއްދާގެ (ހ)އަށް ޢަމަލު ނުކުރެވޭނެ ކަމަށެވެ.

2.7. ކުންފުންޏަކަށް ކޯޓަށް ހާޟިރުވުމުގެ ޢަމުރު ރައްދުކުރުމުގައި އެންމެ ފުރަތަމަ އަމަލުކުރަންޖެހޭ ގޮތަކީ އެތަނުގެ މަސައްކަތް ހިނގަމުންދާ އިދާރާއަށް އަމުރު ރައްދުކުރުން ކަން، ކޯޓަށް މީހުން ޙާޟިރުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ގަވާއިދުގެ 26 ވަނަ މާއްދާގެ (ހ) އިން އެނގޭ ކަމަށާއި، ކުންފުންޏަށް ކޯޓަށް ހާޟިރުވުމުގެ އަމުރެއް ރައްދުކުރުމުގައި ކޯޓުތަކުން އެނޫން ގޮތަކަށް ޢަމަލުކުރެވޭނީ އެކުންފުންޏެއްގެ މަސައްކަތް ހިނގަމުންދާ އިދާރާއަށް އަމުރު ރައްދުނުކުރެވިއްޖެ ޙާލަތެއްގައި ކަމަށާއި އެގޮތުން ކޯޓަށް މީހުން ޙާޟިރުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ގަވާއިދުގެ 26 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އަމުރު ރައްދުނުކުރެވިއްޖެނަމަ އަމަލުކުރާނެގޮތް އެމާއްދާގެ (ށ) ގައި ބަޔާންކުރާ ކަމަށާއި، އެމާއްދާގެ (ށ) ބޭނުމަށް އަމުރު ރައްދުކުރުމުގައި ޢަމަލުކުރަންޖެހޭގޮތްއެގަވާއިދުގެ 10 ވަނަ މާއްދާގެ (ހ) ގައި ބަޔާން ކުރާ ކަމަށާއި، އެގޮތަށްވެސ އަމުރް ރައްދު ނުކުރެވިއްޖެނަމަ ދެން އަމަލުކުރަންޖެހޭނީ އެގަވާއިދުގެ 26 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ކަމަށެވެ.

3.7. މި މައްސަލައިގައި ސިވިލް ކޯޓުން ކޯޓަށް ހާޟިރުވުމުގެ އަމުރު ފޮނުވުމުގައި އެއަމުރު ފޮނުވުނީ ޓްރެޝަރ ބިޒް އިންޓަރނޭޝަނަލްގެ މަސައްކަތް ހިނގަމުންދާ އިދާރާއަށްތޯ ނުވަތަ ނޫންތޯ ބަލާފައި ނުވާކަމަށާއި، ކުންފުނީގެ މަސައްކަތް ހިނގަމުންދާ ތަނަކީ ޝިޕް ޕްލާޒާގެ ގްރައުންޑް ފްލޯރ ކަމަށާއި، މި މައްސަލައިގައި މިކުންފުނީގެ މަސައްކަތް ހިންގަމުންދާ ތަނަކަށް އަމުރެއް ރައްދުކޮށްފައި ނުވާކަމަށާއި، ކޯޓުން ހަމައެކަނި ބަލާފައިވާ ކަމަކީ ދަޢުވާކުރާ ފަރާތުން ހުށަހެޅި ދަޢުވާ ފޯމުގައި ބަޔާންކޮށްފައިވާ އެޑްރެހަށް އަމުރު ފޮނުވުމަށް ކަމަށާއި، ޓްރެޝަރ ބިޒް އިންޓަރނޭޝަނަލްގެ މަސްޢޫލުވެރިން ކޮބައިތޯ ސާފުކޮށް އެއިން ފަރާތަކަށް ކޯޓަށް ހާޟިރުވުމުގެ އަމުރު ފޮނުވާފައި ނުވާކަމަށާއި، އެހެންކަމުން ޓްރެޝަރ ބިޒް އިންޓަރނޭޝަނަލްގެ ޣައިރު ޙާޟް ރުގައި މި މައްސަލަ ހިންގާފައިވަނީކޯޓަށް މީހުން ޙާޟިރުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ގަވާއިދުގެ 26 ވަނަ މާއްދާއާ ޚިލާފަށް ކަމަށެވެ.

4.7. ކޯޓަށް މީހުން ޙާޟިރު ކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާޢިދުގެ 28 ވަނަ މާއްދާއަކީ އެއީ ވަކި ފަރުދުން ކޯޓަށް ޙާޟިރުކުރާ ޙާލަތުގައި ޢަމަލު ކުރަންޖެހޭ މާއްދާއެއްކަން އެމާއްދާގެ ނައްޞަށް ބެލުމުން އެނގޭ ކަމަށާއި، އެ މާއްދާގެ ދަށުން ޢަމަލުކުރަން ޖެހެނީ އެ ޙާޟިރކުރަންޖެހު މީހާ ދީފައިވާ އެޑްރެހެއްގައި ނެތިއްޖެނަމަ ކަމަށާއި، މި މައްސަލައިގައި މިސާލަކަށަ 28 ވަނަ މާއްދާ ކުންފުންޏެއްގެ ޙާލަތަށް ތަޠްބީޤް ކުރެވޭނެ ކަމަށް ބަލައިގެން ވާހަކަ ދެއްކި ކަމުގައި ވީނަމަވެސް މި މައްސަލައިގައި ދަޢުވާ ލިބޭ ފަރާތުން ކޯޓަށް ދީފައިވާ އެޑްރެހެއް ނެތް ކަމަށެވެ. އެއީ މި މައްސަލައަކީ އެއްވެސް މަރުޙަލާއެއްގައި ދަޢުވާ ލިބޭ ފަރާތުން ކޯޓަށް ޙާޟިރުވެ ނުވަތަ ކޯޓަށް ޙާޟިރުވާނެ އަމުރެއް ލިބި ކޯޓަށް ޙާޟިރުވެގެނ ކުރިއަށް ގެންގޮސްފައިވާ މައްސަލައެއް ނޫންކަމަށް ވާތީ، މި މައްސަލއިގައަ ކޯޓަށް މީހުން ޙާޟިރު ކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާޢިދުގާ 28 ވަނަ މާއްދާގެ (ހ) ގައި ބުނާ ފަދައިން ދަޢުވާލިބޭ ފަރާތުން ކޯޓަށް އެޑްރެހެއް ދީފައި އޮވެގެން އެ އެޑުރެހުގައި ނޫޅޭތީވ އެ މާއްދާގައިވާ ގޮތުގެ މަތިން ޢަމަލުކުރަންޖެހޭ ފަދަ ޙާލަތެއް ނެތް ކަމށާއަ ވީމާ، ކޯޓަށް މީހުން ޙާޟިރު ކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާޢިދުގެ 28 ވަނަ މާއްދާ މި މައްސަލއަށަ ތަޠުބީޤުކޮށްފައިވަނީ ގޯސްކޮށް ކަމަށެވެ.

5.7 މިފަދަ މައްސަލަތަކުގައި ޢަމަލުކުރަން ޖެހޭނެ ގޮތް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ 2021/SC-A/02 ނަންބަރު ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ ކަމަށާއި ކޯޓަށް މީހުން ޙާޟިރު ކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާޢިދުގެ 28 ވަނަ މާއްދާއަކީ އެއްވެސް ޙާލެއްގައި މަދަނީ މައްސަލައެއް ދަޢުވާލިބޭ ފަރާތުގެ ޣައިރު ޙާޟިރުގައި ޙުކުމް ކުރުމަށް ފެތޭ ޤަވާޢިދެއް ނޫން ކަމަށާއި ޣައިރު ޙާޟިރުގައި ޙުކުމް ކުރުމާއި ގުޅޭ އެއްވެސް ތަފްޞީލެއް ބަޔާންކޮށްފައި ނެތީސް އެމާއްދާގެ ދަށުން ޙުކުމް ކުރމު ން ޣައިރު ޙާޟިރުގައި ކުރާ ޙުކުމެއް ކޮށްފިކަން އެ ޚަޞްމަށް އެނގޭ ހިސާބުން އެ ޚަޞްމު ދެން ޢަމަލުކުރަންވީ ގޮތާއި ކޯޓުތަކުގައި ޢަމަލު ކުރަންވީ ގޮތް އެނގެން ނެތުމުން ޣައިރުޙާޟިރުގައި ކުރެވޭ ޙުކުމްތަކުން އިންސާފު ގެއްލެން މަގުފަހިވާކަމަށް އެޤަޟިއްޔާގައި ބަޔާންކުރައްވާ ކަމަށެވެ.

8އިސްތިއުނާފީ ފުރަތަމަ އަދި ދެވަނަ ނުކުތާގެ ރައްދުގައި މޯލްޑިވްސް ނޭޝަނަލް ޝިޕިންގ ފަރާތުން ބުނެފައިވަނީ؛

1.8. މައްސަލަ ނިންމާފައިވަނީ ކޯޓަށް މީހުން ޙާޟިރުކުރުމުގެ ޤަވާޢިދާ ޚިލާފަށް ކަމަށް ފާހަގަކޮށްފައިވާއިރު، ކޯޓަށް މީހުން ޙާޟިރު ކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާޢިދުގެ 26 ވަނަ މާއްދާގައި ބަޔާންކުރަނީ އަމުރު ރައްދުކުރުމުގެ ވާހަކަ ކަމަށާއި، އެ ޤަވާޢިދުގެ 28 ވަނަ މާއްދާގައި ބަޔާންކުރަނީ ޙޟާ ރ ނުވެއްޖެނަމަ ޢަމަލުކުރާނޭ ގޮތުގެ ވާހަކަ ކަމަށާއި، އެއީ ދެ ކަމެއް ކަމަށާއި، ވީމާ ކޯޓަށް މީހުން ޙާޟިރު ކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާޢިދުގެ 26 ވަނަ މާއްދާގައިވާ ގޮތަށް ކޯޓުން ޢަމަލު ކޮށްފައިވާ ކަމަށެވެ.

2.8. މިއީ 15 ޑިސެންބަރު 2019 ގައި ސިވިލް ކޯޓުގައި ރަޖިސްޓަރީ ކޮށްފައިވާ މައްސަލައެއް ކަމަށާއި، މައްސަލަ ނިންމާފައވަނި 24 ޖޫން 2021 ގައި ކަމަށާއި، މި ދެމެދުގައި ހިނގި މުއްދަތުގައި މައްސަލައާ ގުޅިގެން އިސްތިއުނާފުކުރި ފަރާތާއި އެކި ގޮތްގޮތުން ކޯޓުން މުޢާމަލާތްކޮށ އެފަރާތުން ޙާޟިރވެފައު ނުވުމުން، މައްސަލަ އަވަސްކޮށް ދިނުމަށް މޯލްޑިވްސް ނެޝަނަލް ޝިޕިންގ ލިމިޓެޑްގެ ފަރާތުން ސިވިލް ކޯޓަށް ސިޓީ ފޮނުވާފައިވާނެ ކަމަށާއި އަދި މައްސަލައިގައި އެ ފަރާތުން ޙާޟިރު ނުވެވޭ ކަމަށް ވަނީ ނަމަ ޣައިރު ޙާޟިރުގައި ނަމަވެސް މައްސަލަ ކުރިއަށް ގެންގޮސްދިނުމަށ ސިވިލް ކޯޓުގައި އެދިފައި ވާނި ކަމަށެވެ.

3.8. ކުންފުނީގެ މަސައްކަތް ހިނގަމުންދިޔައީ ޝިޕް ޕްލާޒާގެ ގްރައުންޑް ފްލޯއަރ ގައި ކަމަށާއި އެތަނަށް އަމުރު ފޮނުވާފައިނުވ ކަމަށާ އިސްތިއުނާފުކުރާ ފަރާތުން ފާހަގަކުރާއިރު، މި މައްސަލަ ދަށުކޯޓަށް ހުށަހެޅި ހިސާބުން ފެށިގެން މި މައްސަލައިގެ ޙުކުމް ކުރުމާއި ހިސާބަށް ވެސް ޝިޕް ޕްލާޒާ ގްރައުންޑް ފްލޯރ ހުރީ ތަޅުއަޅުވާ އެތަނަށް އެއްވެސް ފަރާތަކުން ނުވަދެވޭނެހެން ބަންދުކޮށްފައި ކަމަށާއި، އެތަނކަ ގަސްކާނ އާއާ މުއްދަތު ހަމަވެފައި ހުރި ބައެއް ކާބޯ ތަކެއްޗާއި މިފަދަ ތަކެތި ގުދަން ކުރެވިފައި ހުރި ތަނެއް ކަމަށާއި އެއީ އެއްވެސް ފަރާތެއް ދިރިއުޅޭ ނުވަތަ އެއްވެސް ފަރާތެއް އުޅޭ ނުވަތަ އެއްވެސް އޮފީހެއް ހަދާފައި ހުރި ތަނެއް ވެސް ނޫންކަމަށާއި އެހެންކަމުން އެތަނަށް އަމުރު ފޮނުވާފައިނުވާކަމަށް ބުނެ ދައްކާ ވާހަކައިގައި އަޞްލެއް ނެތަ ކަމަށެވެ.

4.8. އަދި މައްސަލަ ކޯޓަށް ހުށަހަޅާފައިވަނީވެސް ތަނުގެ ކުލި ނުދެއްކުމާއި ގުޅިގެން މުޢާމަލާތްތަކެއްކުރުމަށް ފަހު ކަމަށާއި، އަދި އެކުންފުނީގެ ފަރާތުން އެއްވެސް ފަރާތެއް ކޯޓަށް ޙާޟިރު ނުވެގެން ކޯޓުން މަސައްކަތެއް ކޮށްފައި އޮތްކަން ޚުދު އިސްތިއުނާފކުރު ފަރާތުންވެސް ފާހަގަކޮށްފައި ވާ ކަމަށާއި، މައްސަލައިގައި އެކަށީގެންވާ ވަރަށް ދިގު މުއްދަތެއް ހޭދަވެފައި މިވަނީވެސް އިސްތިއުނާފު ކުރާ ފަރާތުން ކޯޓަށް އެއްބާރުލުން ނުދިނުމުގެ ސަބަބުން ކަމަށާއި، އެހެންކަމުން ކޯޓަށް ހުށަހެޅޭ މައްސަލަތައް ނިންމުމުގައި ޢަމަލުކުރަންޖެހޭ އިޖުރާއަތްތަކާއި އެއްގޮތަށް މި މައްސަލައިގައި ޢަމަލުކުރެވިފައިވާ ކަމަށަ ދެކޭ ކަމަށެވެ.

9އިސްތިއުނާފީ ތިންވަނަ ނުކުތާގެ ތަފުސީލުގައި ޓްރެޝަރ ބިޒް އިންޓަރނޭޝަނަލްގެ ފަރާތުން ބުނެފައިވަނީ،

1.9. މައްސަލައަކީ އެއްބަސްވުމެއްގެ ދަށުން ކުއްޔަށް ދީފައި އޮތް ތަނަކީ ގުޅާ މައްސަލައެއް ކަމަށާއި، މި މައްސަލަ ޣައިރު ޙާޟިރުގައި ނިންމާފައވަނި އެ އެއްބަސްވުމުގެ ދަށުން ކުންފުނިން ކުލި ދައްކަމުން ދަނިކޮށް އަދި އެ ކުންފުންޏާއި މި މައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތުގެ މެނޭޖްމެންޓާ ވާހަކަ ދެކެވި އަނގަބަހުން އެ އެއްބަސްވުމުގެ މުއްދަތު އިތުރު 05 އަހަރަށް އިތުރުކޮށްފައިވނިކޮށް ކަމަށެވެ.

2.9.މ މައްސަލައިގައި ސިވިލް ކޯޓުން ފައިސަލާކުރުމުގައި ޓްރެޝަރ ބިޒް އިންޓަރނޭޝަނަލއަށް ދިފާޢުވުމަށް ނުވަތަ ޖަވާބުދާރީވުމަށް ފުރުޞަތު ލިބިގެން މައްސަލަ ކުރިއަށް ދިޔަނަމަ ކުލި ދައްކާފައިވާކަމުގެ ސްލިޕްތައް ހުށަހެޅޭނެ ކަމަށާއި، ޓްރެޝަރ ބިޒް އިންޓަރނޭޝަނަލްގެ ފަރާތުން 54 މަހުގެ ކުލީގެ ގޮތުގައި ޖުމުލަ 3,584,000.00ރ. )ތިން މިލިއަން ފަސްލައްކަ އަށްޑިހ ހަތަރު ހާސް ރުފިޔާ( ފައި ސ ދައްކާފައިވާ އެނގާ ސްޓޭޓްމަންޓްތަކާއ ކުލި ދެއްކި ވައުޗަރުތައް ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައި ވާނެކަމަށާއި މި ބުނެވުނު ލިޔުންތައް ދަށު ކޯޓަށް ހުށަހެޅުނު ނަމަ މި މައްސަލައިގެ ޙުކުމްގެ ނަތީޖާ ތަފާތުވެގެން ދިއުމަކީ ވަރަށް ބޮޑަށް އެކަށީގެންވާ ކަމެއް ކަމަށެވެ.

3.9. އަދި އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ފުއާދު ޒާހިރުއާއ އިސްތިއުނާފި ރައްދުވު ފަރާތުގާ އޭރުގެ މެނޭޖަރ ޙަސަން ޢަލީ މަނިކާއެކ ބޭއްވުނު ބައްދަލުވުމެއްގައި އަނގަބަހުން އެ އެއްބަސްވުމުގެ މުއްދަތު 30 އެޕްރީލް 2021 އިން އިތުރު 05 އަހަރަށް އިތުރުކޮށްދީފައިވާ ކަމަށެވެ. ދަށުކޯޓުގައި ޖަވާބު ދާރީވުމަށް ފުރުޞަތު ލިބުނުނަމަ މި މައްސަލައިގައި މި ޙަވާލާދޭ އެއްބަސްވުން މުއްދަތު އިތުރު ކޮށްދީފައިވާކަން ސާބިތުކުރާނެ ހެކިން ހުށަހަޅައި އެކަން ސާބިތުކުރެވިގެން ދާނެކަމަށެވެ.

10ވީމާ މިދެންނެވުނު ސަބަބުތަކަށް ބަލާއިރު މި މައްސަލައަކީ އަލުން ބަލައިފިނަމަ ޙުކުމް ބަދަލުވުމުގެ ފުރުޞަތު ވަރަށް ބޮޑަށް އޮތް މައްސަލައެއް ކަމަށް ވާތީއާ އަދި އެފަދަ ހެކިތަކެއް ހުށަހެޅިފައިވާތީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2021/SC-A/02 ޤަޟިއްޔާގައި ބުނާ ގޮތުގެ މަތިން މި މައްސަލައަކީ އަލުން ބެލުމަށް ޓަކައި ހައިކޯޓުން ތަޙުވީލު ކުރަންޖެހޭ މައްސަލައެއް ކަމަށް ދެކޭ ކަމަށެވެ.

11އިސްތިއުނާފީ ތިންވަނަ ނުކުތާގެ ރައްދުގައި މޯލްޑިވްސް ނޭޝަނަލް ޝިޕިންގ ފަރާތުން ބުނެފައިވަނީ؛

1.11. އެއްބަސްވުމުގެ މުއްދަތު އަނގަބަހުން އިތުރު 05 އަހަރު ދުވަހަށް އިތުރު ކޮށްފައިވާ ކަމަށް ބުނާއިރު، 2019 ޑިސެންބަރުގައި ހުށަހެޅި މައްސަލައެއްގައި އެދޭ އެދުމުގެ ތެރޭގައި އެއްބަސްވުން ބާޠިލުކޮށްދިނުމަށް އެދިފައި ވާނެކަމަށާއި، އިތުރު މުއްދަތެއް ދޭން ބޭނުންވާ ބަޔަކާއި ދެކޮޅަށް ހުށަހަޅާ މައްސަލައެއްގައި އެއްބަސްވުން ބާޠިލކުރުމަށު ހުށަނާޅާނެ ކަމަށާއި، މިއީ މި މައްސަލައިގެ ޙުކުމް ކުރި ހިސާބުން އުފަންވެގެން އުޅޭ ވާހަކަތަކެއް ކަމަށެވެ.

2.11. ލިޔެކިޔުމުން ވެފައިވާ އެއްބަސްވުމެއްގެ ކަންކަމެއް ނެގެހެއްޓޭ ނުވަތަ ދެމެހެއްޓޭނީ ވެސް ލިޔެކިޔުމުން ކަމަށާއި، މި އެއްބަސްވުމުގެ މުއްދަތު 12 އެޕްރީލް 2021 ގައި ވަނީ ހަމަވެފައިވާ ކަމަށާއި، އެއްބަސްވުމުގެ މުއްދަތު ހަމަވެ މި ޤަޟިއްޔާގައި ސިވިލް ކޯޓުން ޙުކުމް ކުރުމާއި ހަމަޔަށްވެސް އެއްވެސް މަރުޙަލާއެއްގައި މި އެއްބަސްވުން ދަމަހައްޓާ ނުވަތަ ނަގަހައްޓާ އެފަދަ އެއްވެސް މަސައްކަތެއް ވެސް ކޮށްފައެއް ނުވާނެ ކަމަށާއި އަދި އެފަދަ ކަމެއް ނުކޮށްގެން އިސްތިއުނާފު ކުރައްވާ ފަރާތުން އެ މުއްދަތުގެ ތެރޭގައި ކޯޓަކަށް ވެސް ހުށަހަޅާފައި ނުވާ ކަމަށެވެ. ހަމައެކަނި އެއްބަސްވުން އަނގަބަހުން އިތުރުކޮށްދީފައިވ ކަމަށާ ބުނާއިރު، މިކަންކަމާއި އެކަށީގެންވާ ގޮތަކަށް އެފަރާތަށް ފުރުޞަތު ދެވފައިވާއިރި ކޯޓަށު ހާޟިރުވެފައި ނުވާކަމަށާއި، އެހެންކަމުން ދަށުކޯޓު މަރުޙލާގައަ ފާހަގަނުކުރާ ކަމެއް މިމަރުޙަލާގައި ފާހަގަކުރެވޭނެ ކަމަށް ނުދެކޭކަމަށެވެ.

3.11. ދެން ފައިސާތަކެއް ދަ އްކާފައިވ ކަމަށާ އިސްތިއުނާފުކުރި ފަރާތުން ފާހަގަކުރި ނުކުތާއާ ގުޅިގެން ބުނެފައިވަނީ، އެހާތަނަށް ލިބިފައި ހުރި ފައިސާތަކާއ އަދި ފައިސި ލިބުނު ގޮތާއި އަދި އެ މުއްދަތު ތެރޭގައި ފައިސާ ނުލިބިގެން ހުށަހަޅާފައި އޮތް ސިޓީވެސް ދަށުކޯޓަށް ހުށަހަޅާފައި ވާނެ ކަމަށެވެ. އެގޮތުން މޯލްޑިވްސް ނެޝަނަލް ޝިޕިންގ ލިމިޓެޑް އަށް ލިބުނު ފައިސާއެއް ނަމަ ދަށުކޯޓަށް ހުށަހެޅި ސްޓޭޓްމަންޓްގައި ހިމަނާފައިވާނެ ކަމަށާއި ބޭންކަށް ޖަމާކޮށްފައިވާ ފައިސާވެސް ސްޓޭޓްމަންޓްގައި ހިމަނާފާއިވާނެކަމަށެވެ.

4.11. މި މައްސަލައިގައި ބުނާ ފައިސާ ދައްކާފައިވާ ކަމަށާއި އަދި އެ އެގްރިމެންޓަށް އިތުރު މުއްދަތުތަކެއަ އިތުރު ކުރެވިފައި ކަމަށް ބުނެ ހުށަހެޅި މި ނުކުތާތަކަކީ މި އިސްތިއުނާފުގައި ބަޙުޘް ކުރެވި މައުޟޫޢީ ގޮތުން ބެލިގެންވާނޭ ކަންތައްތަކެއް ނޫން ކަމަށް އެމް.އެން.އެސް.އެލްގެ ފަރާތުން މޯލްޑިވްސް ނެޝަނަލް ޝިޕިންގ ލިމިޓެޑް ފަރާތުން ދެކޭކަމަށެވެ. އިސްތިއުނާފުކުރާ ފަރާތާއި އިސްތިއުނާފު ރައްދުވާ ފަރާތުން އެދޭގޮތް:

12މި މައްސަލައިގައި ޓްރެޝަރ ބިޒއިންޓަރނޭޝަނަލްގް ފަރާތުން އެދިފައިވަނީ، ސިވިލް ކޯޓުގެ ނަންބަރު 4670/Cv-C/2019 ޤަޟިއްޔާ ޓްރެޝަރ ބިޒް އިންޓަރނޭޝަނަލްގެ ޣައިރު ޙާޟިރުގައި ކުރިއަށް ގެންގޮސްފައިވަނީ ކޯޓަށް މީހުން ހާޟިރުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ގަވާޢިދު އާ އެއްގޮތަށް ނުވާތީ އެނިންމުމަކީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ ޚިލާފު ނިންމުމެއް ކަމަށް ކަނޑައަޅައި އެ ޙުކުމް ބާޠިލުކޮށް ސިވިލް ކޓުގޯ ނަންބަރު 4670/Cv-C/2019 ޤަޟިއްޔާ އަލުން ބަލައި ފައިޞަލާކުރަނިވި ޙުކުމެއް ކުރަންޖެހޭ ކަމަށް ކަނޑައަޅައި މި މައްސަލަ ސިވިލް ކޯޓަށް ތަޙުވީލުކޮށްދިނުމަށެވެ.

13މޯލްޑިވްސް ނޭޝަނަލް ޝިޕިންގ ފަރާތުން ބުނެފައިވަނީ، މި މައްސަލައިގައި މީހުން ޙާޟިރު ކުރުމަށް ޢަމަލުކުރަންޖެހޭ އުޞޫލާއި އެއްގޮތަށް ޢަމަލުކޮށްފައިވާކަން ސިވިލް ކޯޓުން އެނގޭ ކަމަށާއި އަދި ޙުކުމް ކުރެވިފައިވަނީ އެގޮތަށް ޢަމަލު ކުރަމަށްފަހު މީހުން ޙާޟިރު ނުވުމުން ޙުކުމް ކުރަންޖެހޭ ޢުޞޫލުގެ ތެރެއިން ކަމަށެވެ. އަދި މި މައްސަލައިގައި ބުނާ ފައިސާތަކެއް ދައްކާފައިވާ ކަމަށާއި އަދި އެ އެގްރިމެންޓަށް އިތުރު މުއްދަތުތަކެއް އިތުރު ކުރެވިފައި ކަމަށް ބުނެ ހުށަހެޅި ނުކުތާތަކަކީ މި އިސްތިއުނާފުގައި ބަޙުޘް ކުރެވި މައުޟޫޢީ ގޮތުން ބެލިގެންވާނޭ ކަންތައްތަކެއް ނޫންކަމަށެވެ. ޝަރީޢަތަށް ފާހަގަކުރެވުނު ނުކުތާތައް:

14މިއީ، ސވިލި ކޯޓުގް ނަންބަރު 4670/Cv-C/2019 ޤަޟިއްޔާ ޓްރެޝަރ ބިޒް އިންޓަރނޭޝަނަލްގެ ޣައިރު ޙާޟިރުގައި ހިންގައި ޙުކުމްކޮށްފައިވާތީ އެ އަސާސްގެ މައްޗަށް ބިނާކޮށް ހުށަހެޅިފައިވާ އިސްތިއުނާފެކެވެ. އެހެންކަމުން، މި އިސްތިއުނާފުގައި ޝަރީޢަތުގެ ކުރިމަތީގައި އޮތް ބަހުޘަކީ ދަށުކޯޓުން ޣައިރު ޙާޟިރުގައި މައްސަލަ ހިންގައި ޙުކުމްކޮށްފައިވަނީ، ޣައިރު ޙާޟިރުގައި ނިންމާ މައްސަލަތަކުގައި އަމަލުކުރަންޖެހޭ އުޞޫލުތަކާ އެއްގޮތަށްތޯ ނުވަތަ ނޫންތޯއެވެ. އިސްތިއުނާފީ ފުރަތަމަ ނުކުތާއާއި އަދި ދެވަނަ ނުކުތާއާ ގުޅޭ:

15އިސްތިއުނާފީ ފުރަތަމަ ނުކުތާއާއި އަދި ދެވަނަ ނުކުތާގައި ޓްރެޝަރ ބިޒް އިންޓަރނޭޝަނަލން މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވަނީ، ދަށު ކޯޓުން ޣައިރު ޙާޟިރުގައި މައްސަލަ ނިންމާފައިވަނީ ކޯޓަށް މީހުން ހާޟިރުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާއިދުގެ 26 އަދި 28 ވަނަ މާއްދާއާ ޚިލާފަށް ކަމަށެވެ.

16HN1މަދަނީ އިޖުރާއަތުގެ ޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރީން މަދަނީ މައްސަލަތަކުގައި ޣައިރު ޙާޟިރުގައި މައްސަލަ ހިންގުމުގައި ޢަމަލުކުރަމުން ދިޔައީ ކޯޓަށް މީހުން ހާޟިރުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާއިދުގއަ ބަޔާންކުރި ގޮތުގެ މަތީންނެވެ. ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) އ ށ ޢަމަލުކުރަން ފެށުމުގެ ކުރިން.

17ކޯޓަށް މީހުން ހާޟިރުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާއިދުގެ 26 ވަނަ މާއްދާގައި ބަޔާނާ ކ ށ ފައިވަނީ، ކުންފުނި ނުވަތަ ޖަމްޢި އްޔާފަދަ ތަންތަނަށް ޙާޟިރުވުމުގެ އަމުރު ރައްދުކުރުމާ ގުޅޭ އިޖުރާއަތެވެ. އެ މާއްދާ މިތާގައި ނަކަލު ކުރަމެވެ.

26ކުންފުނި ނުވަތަ (ހ) ކޯޓަށް ޙާޟިރުވުމުގެ އަމުރު ރައްދުވާ ފަރާތަކީ ކުންފުންޏެއް ނުވަތަ ޕާޓްނަޝިޕް ޖަމްޢިއްޔާފަދަ ތަންތަނަށް ނުވަތަ ޖަމްޢިއްޔާއެއް ނުވަތަ އެނޫންވެސް ޤާނޫނީ ޝަޚްޞެއްކަމަށްވާނަމަ، ޙާޟިރުވުމުގެ އަމުރު އެތަނުގެ މަސައްކަތް ހިނގަމުންދާ އިދާރާއަށް އަމުރު ރައްދުކުރުމުން އެފަރާތށަ ރައްދުކުރުން އަމުރު ރައްދުވީ ކަމަށް ބެލެވޭނެއެވެ.

(ށ) ކުންފުންޏެއް ނުވަތަ ޕާޓްނަޝިޕ ނުވަތް ޖަމްޢިއްޔާއެއް ނުވަތަ އެނޫންވެސް ޤާނޫނީ ޝަޚްޞަކަށް މިމާއްދާގެ (ހ) ގައި ބަޔާންކުރާގޮތަށް ޙާޟިރުވުމުގެ އަމުރު ރައްދުކުރެވެން ނެތްނަމަ އެފަރާތެއް ރަޖިސްޓްރީކުރެވިފައިވާ އެޑްރެހަށް ޙާޟިރުވުމުގެ އަމުރު ރައްދުކުރުމުން، އެފަރާތަކަށް އަމުރު ރައްދުވީ ކަމަށް ބެލެވޭނެއެވެ.

(ނ) ކުންފުންޏެއް ނުވަތަ ޕާޓްނަޝިޕ ނުވަތް ޖަމްޢިއްޔާއެއް ނުވަތަ އެނޫން ޤާނޫނީ ޝަޚްޞެއްވިޔަސް، ރަޖިސްޓަރީ ކުރެވިފައިވާ އެޑްރެހާ އެތަނަކާ އެއްވެސް ގުޅުމެއް ނެތްކަމަށް ކޯޓަށް ޤަބޫލުކުރެވޭ ޙާލަތްތަކުގައި، އެފަރާތެއް ރަޖިސްޓަރީ ކޮށްދީފައިވާ ފަރާތްތަކަށް ލިޔެގެން މަސްޢޫލުވެރިންގެ މައުލޫމާތު ސާފުކުރުމަށްފަހު، އެތަނެއްގެ މަސްޢޫލުވެ ރިންނަށ ނުވަތް މަސްޢޫލުވެރިންގެ ތެރެއިން މީހަކަށް އަމުރު ފޮނުވުމުން އެތަނަށް އަމުރު ރައްދުކުރެވުނީ ކަމަށް ބެލެވޭނެއެވެ.

(ރ) މިމާއްދާގެ (ށ) ގެ މަޤްޞަދަށްޓަކައި މިޤަވާޢިދުގެ 10 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ފަދައިން އަމުރު ރައްދުކުރެވެން ނެތްނަމަ މިޤަވާއިދުގެ 10 ވަނަ މާއްދާގެ (ރ) ގައި ބަޔާންކުރާ ގޮތަށް ޢަމަލުކުރުމުން ޙާޟިރުވުމުގެ އަމުރު ރައްދުކުރެވުނީ ކަމުގައި ބެލެވޭނެއެވެ. އެ ޤަވާއިދުގެ 10 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރަނީ " ކޯޓަށް ޙާޟިރުވާންޖެހޭ ފަރާތަށް ޙާޟިރުވުމުގެ އަމުރު ރައްދުކުރެވެން އޮތްނަމަ، ޙާޟިރުވުމުގެ އަމުރު އެމީހާ ޙަވާލުކުރުމުން އަމުރު ރައްދުކުރެވުނީއެވެ." އެ ޤަވާއިދުގެ 10 ވަނަ މާއްދާގެ (ރ) ގައި ބަޔާންކުރަނީ " މިމާއްދާގެ (ހ)،(ށ)،(ނ) ގައިވާ ގޮތަށް ޢަމަލުކުރެވެން ނެތްނަމަ، ޙާޟިރުވުމުގެ އަމުރު ފޮނުވޭ ފަރާތް ޢާންމުގޮތެއްގައި ދިރިއުޅޭ ގެއެއް ނުވަތަ ތަނެއްގެ ދޮރާށީގައި، ނުވަތަ އުޅަނދެ އްގައި އަމުރު ހިއްޕުމުން ނުވަތަ އެއަމުރު ފަސޭހައިން ފެންނާނެ ގޮތަށް އެއިން ތަނެއްގައި ބެހެއްޓުމުން، ޙާޟިރުވުމުގެ އަމުރުރައްދުކުރެވުނީ ކަމަށް ބެލެވޭނެއެވެ.

(ބ) މި މިމާއްދާގެ މަޤްޞަދަށްޓަކައި މަސްޢޫލުވެރިން ކަމުގައި ބަޔާންކޮށްފައިވަނ ކުންފުންޏެއް ނުވަތަ ޕާޓްނަޝިޕެއ ނުވަތް ޖަމްޢިއްޔާއެއް ނުވަތަ އެނޫންވެސް ޤާނޫނީ ޝަޚްޞެއްގ ހިންގުމުގެ މަސްއޫލިއްޔަތާ ޙަވާލުވެހުރި ފަރާތަށެވެ.

18HN2އެ ގަވާއިދުގެ 28 ވަނަ މާއްދާގައި ބަޔާންކުރަނީ ޣައިރު ޙާޟިރުގައި މައްސަލަ ހިންގުމުގައި ޢަމަލުކުރާނު ގޮތެވެ. އެ ގޮތުން އެ ގަވާއިދުގެ 28 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރަނީ އަންނަނިވި ފަދައިންނެވެ.

28ދަޢުވާލިބޭ ފަރާތް ކޯޓަށް ޙާޟިރުނުވުން (ހ) ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން ކޯޓަށް ޙާޟިރުވުމުގެ އަމުރު ލިބި، މަޤުބޫލު ޢުޛުރެއްނެތި އަމުރުގައިވާ ތާރީޚާއި ގަޑިއަށް ދަޢުވާލިބޭ ފަރާތް ކޯޓަށް ޙާޟިރުނުވެއްޖެނަމަ، ނުވަތަ ޙާޟިރުކުރަންޖެހޭ މީހާ ދީފައިވާ އެޑްރެހުގައި ނެތި، އެ މީހާ ވީތަނެއް ނޭނގޭނަމަ ޣައިރު ޙާޟިރުގައި މައްސަލަ ހިންގޭނެކަން އެނގޭނެ ގޮތަށް އެ މީހާ ހޯދުމަށް ރޭޑިއޯއިން ނުވަތަ ޓީވީން ނުވަތަ އެނޫންވެސް ޚަބަރު ފަތުރާ ވަޞީލަތަކުނ އިޢުލާން ކުރުމަށްފަހު، އިޢުލާނުގައިވާ ތާރީޚާއި ގަޑިއަށް ކޯޓަށް ޙާޟިރުނުވެއްޖެނަމަ، ކޯޓަށް ޙާޟިރުވުމަށް އެންގުނީކަމަށް ބަލައި، ކޯޓަށް ހުށަހެޅފައިވި ހެއްކާއި ޤަރީނާގެ މައްޗަށް ރިޢާޔަތްކޮށް، އެ މީހާގެ ޣައިރު ޙާޟިރގައު ކޯޓުން ގޮތެއް ނިންމުމުގެ އިޚްތިޔާރު ލިބިގެންވެއެވެ.

19މި މާއްދގައާ ކޯޓަށި މީހަކު ޙާޟިރު ނުވެއްޖެ ޙާލަތެއްގައި ޢަމަލު ކުރާނެ ދެ ގޮތެއް ބަޔާންކުރެއެވެ. ފުރަތަމަ ގޮތަކީ، ކޯޓަށް ޙާޟިރުވުމުގެ އަމުރު ލިބި މަޤުބޫލު އުޛުރެއްނެތި އަމުރުގައިވާ ތާރީޚާއި ގަޑިއަށް ދަޢުވާލިބޭ ފަރާތް ކޯޓަށް ޙާޟިރު ނުވެއްޖެނަމަ ކޯޓަށް ޙާޟިރުވުމަށް އެންގުނީކަމަށްބަލައި އެމީހެއްގެ ޣައިރު ޙާޟިރުގައި ކޯޓުނަ މައްސަލް ބަލައަ ނިންމުމެވެ. އަދ ދެވަނަ ގޮތަކީ، އެމީހަކު ދީފައިވާ އެޑްރެހުގައިނެތި އެ މީހާ ވީތަނެއް ނޭނގޭނަމަ ޣައިރު ޙާޟިރުގއަ މައްސަލި ހިންގޭނެކަން އެނގޭނެ ގޮތަށް އެ މީހާ ހޯދުމަށް ރޭޑިއޯއިން ނުވަތަ ޓީވީން ނުވަތަ އެނޫންވެސް ޚަބަރު ފަތުރާ ވަޞީލަތަކުނ އިޢުލާން ކުރުމަށްފަހު، އިޢުލާނުގައިވާ ތާރޚީ އ ގަޑިއަށާ ކޯޓަށް ޙާޟިރުނުވެއްޖެނަމަ، ކޯޓަށް ޙާޟިރުވުމަށް އެންގުނީކަމަށް ބަލައި، އެމީހާގެ ޣައިރު ޙޟާ ރ ގައު ކޯޓުން ގޮތެއް ނިންމުމެވެ.

20HN3ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އިބްރާހީމް ތައުފީޤު ވ. ޢަބްދުﷲ ލަޠީފް ޤަޟިއްޔާގައި ބަޔާންކޮށްފައިވަނީ ބުނެވުނު އެ ދެ ގޮތުންކުރ ކޮންމެ ގޮތެއްގައިވެސް ޣައިރު ހޟާ ރުގައި މައްސަލަ ހިންގާނަމަ، ވަކި ތާރީޚަކާއި ގަޑިއެއް ދަޢުވާލިބޭ ފަރާތަށް އެނގިފައި އޮތު ނ ގަވާއިދް ލާޒިމްކުރާ ކަމަށާއި، ދަޢުވާލިބޭ ފަރާތް އުޅޭ ތަން އެނގިފައިވާ ހާލަތުގައި، ކޮންމެ ޝަރީޢަތެއް ބޭއްވޭނެ ދުވަހާއި ގަޑި ދުރާލާ އަންގާފައިވުމަކީ އަބަދުވެސް ކޯޓުތަކުން ޢަމަލުކުރާގޮތެވެ. ދަޢުވާލިބޭ މީހާ އުޅޭ ތަން ނޭނގޭނަމަ، އޭނާ ހޯދުމަށް ޚަބަރު ފަތުރާ ވަސީލަތްތަކުން އިޢުލާނުކުރަނ އެއީ ފަހަރެވެ. އެ ފުރުސަތުގައި އޭނާ އުޅޭ ތަނެއް ކޯޓަށް އަންގާފައިނުވާނަމަ، އިތުރު ނޯޓިހަކާ ނުލައި އޭނާގު ޣައިރު ހާޒިރުގައި މައްސަލަ ހިންގޭނެއެވެ.

21ބަޔާންކުރެވުނު އުޞޫލުތަކުގެ އަލީގައި އިސްތިއުނާފު ކުރެވިފައިމިވާ މައްސަލައިގައި ކަންހިނގާފައިވާ ގޮތަށް ބަލާއިރު، ސިވިލް ކޯޓަށް މައްސަލަ ހުށަހެޅި ފޯމުގައި ޓްރެޝަރ ބިޒް އިންޓަރނޭޝަނަލްގެ މިހާރު ދިރިއުޅޭ/ހުންނަ އެޑްރެސްގެ ގޮތުގައި ބަޔާންކޮށްފައިވަނީ "މ. އަލިހަވާ ބިލްޑިންގ" ( 4 ވަނަ ފަންގިފިލާ) އަދި އެ ކުންފުނީގެ ދާއިމީ ނުވަތަ ރަޖިސްޓްރީ ކުރެވިފައިވާ އެޑްރެސް ކަމަށްވެސް އެ ފޯމުގައި ބަޔާންކޮށްފައިވަނީ ހަމަ މިބުނެވުނު އެޑްރެހެވެ. ޓްރެޝަރ ބިޒް އިންޓަރނޭޝަނަލްގެ ފަރާތުން ހައިކޯޓަށް ހުށަހެޅި އިސްތިއުނާފު ފޯމުގައި ވެސް އެ ކުންފުނީގެ މިހާރުގެ އެޑްރެހުގެ ގޮތުގައި ބަޔާންކޮށްފައިވަނީ "މ. އަލިހަވާ ބިލްޑިންގ" ކަން ފާހަގަކުރަމެވެ.

22ޓްރެޝަރ ބިޒް އިންޓަރނޭޝަނަލަށ އަމުރް ފޮނުވުމަށްޓަކައި ދަޢުވާފޯމުގައި މިހާރު އުޅޭ އެޑްރެސް އަދި ރަޖިސްޓަރޑް އެޑްރެސް ކަމަށް ބަޔާންކޮށްފައިވާ "މ. އަލިހަވާ ބިލްޑިންގ" (4 ވަނަ ފަންގިފިލާ ) އަށް އަމުރު ރައްދުކުރުމަށް ސިވިލް ކޯޓުން މަސައްކަތްކޮށްފައިވެއެވެ.

23އެގޮތުން، މި މައްސަލަ ފުރަތަމަ ބެލި އެ ކޯޓުގެ ޑިސްޕިއުޓް ރިޒޮލިއުޝަން ސެކްޝަނުން ސިވިލް ކޯޓުގެ ނަންބަރު CR3/2019/7322-B1 (18 ޑިސެންބަރު 2019) " ކޯޓަށް ޙާޟިރުވުމުގެ އަމުރު" އެ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2021/SC-A/56 ޤަޟިއްޔާގެ 28 އަދި 29 ވަނަ ޕެރެގްރާފް […] ބިލްޑިންގ" (4 ވަނަ ފަންގިފިލާ ) އަށް ދިއުމުން މިކަމާ ބެހޭ މީހާވީ ޖަލުގައި ކަމަށް ބުނެ އަމުރާ ޙަވާލުނުވިކަމަށް އަމުރުހިފައިގެން ދިޔަ ފަރާތުން 19 ޑިސެންބަރު 2019 ތާރީޚުގައި ސޮއިކޮށްފައިވެއެވެ. އެޑްރެހަށް ފޮނުވުމުން، އެ އަމުރާ ޙަވާލާ ވެފައު ނުވާތީ، ސިވިލް ކޯޓުގެ ނަންބަރު CR3/2019/7397-B1 (23 ޑިސެންބަރު 2019) " ކޯޓަށް ޙާޟިރުވުމުގެ އަމުރު" ރަތް ޗިޓުގެ ގޮތުގައި ހަރުކޮށްފައިވެއެވެ. ބުނެވުނު ރަތް ޗިޓު ހަރުކުރުމުންވެސް އެއަމުރ އެއްގޮތަށް ޓްރެޝަރ ބިޒް އިންޓަރނޭޝަނަލު ނ ކޯޓަށް ޙާޟިރުވެފައި ނުވާތީ އެ މައްސަލަ ކަމާބެހޭ ސެކްޝަނަށް ފޮނުވައި ދިނުމަށް 31 ޑިސެންބަރު 2019 ގައި ޑިސްޕިއުޓް ރިޒޮލިއުޝަން ސެކްޝަނުން ބޭއްވި ބައްދަލުވުމުގައި މޯލްޑިވްސް ނޭޝަނަލް ޝިޕިންގ އިން އެދުނެވެ.

24އަދި ޑި ސްޕިއުޓ ރިޒޮލިއުޝަން ސެކްޝަނުން މައްސަލަ ޙަ އްލުނުކުރެވުމުނ ޝަރީޢަތް ބޭއްވުމަށްޓަކައި މައްސަލަ ކަމާބެހޭ ސެކްޝަނަށް ފޮނުވުމުން އެސެކްޝަނުނ ވެސް މައްސަލް ހިންގުމަށްޓަކައި ޓްރެޝަރ ބިޒް އިންޓަރނޭޝަނަލަށ އަމުރް ފޮނުވުމަށްޓަކައި ދަޢުވާފޯމުގައި މިހާރު އުޅޭ އެޑްރެސްއަދި ރަޖިސްޓަރޑް އެޑްރެސް ކަމަށް ބަޔާންކޮށްފައިވާ "މ. އަލިހަވާ ބިލްޑިންގ" އަށް އަމުރު ރައްދުކުރުމަށް މަސައްކަތް ކޮށްފައިވާކަން މައްސަލައާ ގުޅިގެން ސިވިލް ކޯޓުން އެޅި ފިޔަވަޅުތަކަށް ބެލުމުން އެނގެން އޮވެއެވެ.

25އެގޮތުން، ސިވިލް ކޯޓުގެ ނަންބަރު CR2/2020/404-B2-144 (18 ފެބްރުވަރީ 2020) "ކޯޓަށް ޙާޟިރުވުމުގެ އަމުރު" "މ. އަލިހަވާ ބިލްޑިންގ" (4 ވަނަ ފަންގިފިލާ) އަށް ފޮނުވާފައިވެއެވެ. އެ އެޑްރެހަށް ދިއުމުން ކުންފުނީގެ ބޮޑު މީހާ ރާއްޖެއިން ބޭރުގައި ހުރުމުން ކަމަށް ބުނެ އެ އެޑްރެހުން އަމުރާއި ޙަވާލުވެފައި ނުވެއެވެ.

26އަދި ސިވިލް ކޯޓުގެ ނަންބަރު CR2/2020/1334-B2-144 (23 ނޮވެންބަރު 2020) "ކޯޓަށް ޖަވާބު ނުވަތަ ބަޔާން ފޮނުވުމުގެ އަމުރު" ރައްދުކުރުމަށް 29 ނޮވެންބަރު 2020 ތާރީޚުގައި ދަޢުވާފޯމުގައި މިހާރު އުޅޭ އެޑްރެސް އަދި ރަޖިސްޓަރޑް އެޑްރެސް ކަމަށް ބަޔާންކޮށްފައިވާ "މ. އަލިހަވާ ބިލްޑިންގ" (4 ވަނަ […] ބިލްޑިންގ" (4 ވަނަ ފަންގިފިލާ ) އަށް ދިއުމުން އަމުރާއި ޙަވާލުނުވިކަމަށް އަމުރުހިފައިގެން ދިޔަ ފަރާތުން 29 ނޮވެންބަރު 2020 ތާރީޚުގައި ސޮއިކޮށްފައިވެއެވެ. ފ ންގިފިލާ) އަށް ގޮސްފައިވާ ކަމާއި، އެ އެޑްރެހުން އަމުރާއި ޙަވާލުވެފައި ނުވާކަން އެ އަމުރުން އެނގެން އޮވެއެވެ.

27ދަޢުވާ ފޯމުގައި ދީފައިވާ އެޑްރެހުނ އަމުރް ރައްދުކުރެވޭ ގޮތް ނުވުމުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓު މެދުވެރިކޮށް ސިވިލް ކޯޓުން 26 ފެބރުވަރް 2020 ގައި ޓްރެޝަރ ބިޒް އިންޓަރނޭޝަނަލްގެ މަޢުލޫމާތު ސާފުކޮށްފައިވެއެވެ.

28އެގޮތުން، މި މައްސަލަ ދަށުކޯޓުގައި ހިނގަމުން ދިޔައިރު ޓްރެޝަރ ބިޒް އިންޓަރނޭޝަނަލްގެ ރަޖިސްޓަރޑް އެޑްރެހަކީ "މ. މެރީނާ ބިލްޑިންގ، 01 ވަނަ ފަންގިފިލާ" ކަން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްއިން 10 މާރިޗު 2020 ގައި ސިވިލް ކޯޓަށް ފޮނުވާފައިވާ ޓްރެޝަރ ބިޒް އިންޓަރނޭޝަނަލްގެ ޕްރޮފައިލް އިންފޮމޭޝަން ޝީޓުން އެނގެން އޮންނަ ކަމާއި، އެ އެޑްރެހުން ވެސް އަމުރު ރައްދުކުރުމަށް ވެސް ސިވިލް ކޯޓުން މަސައްކަތްކޮށްފައިވެއެވެ.

29އެގޮތުން، ސިވިލް ކޯޓުގެ ނަންބަރު CR2/2020/1461-B2-144 (03 ޑިސެންބަރު 2020) "ކޯޓަށް ޖަވާބު ނުވަތަ ބަޔާން ފޮނުވުމުގެ އަމުރު" ފޮނުވުމުން […] ބިލްޑިންގ، 01 ވަނަ ފަންގިފިލާ ހުންނަނީ ތަޅުލާފައި ކަމާއި ނަންބޯޑުވެސް ނަގާފައވި ކަމަށް އެ އަމުރުގައި 15 ޑިސެންބަރު 2020 ތާރީޚުގައި ފާހަގަކޮށްފައިވެއެވެ.

30ބުނެވުނު އެޑްރެސްތަކުން ވެސް އަމުރު ރައްދުކުރެވޭ ގޮތް ނުވުމުން، 08 ފެބްރުވަރީ 2021 ވަނަ ދުވަހުގެ 12:00 ގައި ޓްރެޝަރ ބިޒްއިންޓަރނޭޝަނަލްގެ ފަރާތުން ޖަވާބުދާރީވާނެ ފަރާތެއް ޙާޟިރުވުމަށް އަންގައި 18 ޖަނަވަރީ 2021 ގައި އެކޯޓުގެ ނަންބަރު CR 2/2021/55-144/B2 އިޢުލާން ކޮށްފައިވެއެވެ. […] ބިލްޑިންގ" (4 ވަނަ ފަންގިފިލާ ) އަށް ދިއުމުން އަމުރާއި ޙަވާލުނުވިކަމަށް އަމުރުހިފައިގެން ދިޔަ ފަރާތުން 21 ފެބްރުވަރީ 2020 ތާރީޚުގައި ސޮއިކޮށްފައިވެއެވެ.

31އަދި އެއި ޢލާނުގައި ޙާޟިރުވުމަށް އެންގު ތާރީޚާއި ގަޑިއަށް ޓްރެޝަރ ބިޒް އިންޓަރނޭޝަނަލްގެ ފަރާތުން ކޯޓަށް ހޟިރުވެފައާ ނުވާތީ މި މައްސަލަ ހިންގއަ ޙުކުމް ކުރުމުގެ އަޑުއެހުން ވެސް ބާއްވާފައިވަނީ ޓްރެޝަރ ބިޒް އިންޓަރނޭޝަނަލްގެ ޣައިރު ޙާޟިރުގައެވެ.

32HN4މި މައްސަލައިގައި ސިވިލް ކޯޓުން ޢަމަލުކޮށްފައިވާ ގޮތަށް ބަލާއިރު، މި މައްސަލަ ހިންގުމުގައި ޢަމަލުކޮށްފައިވަނީ، އޭރު ޢަމަލުކުރަމުންދޔި ކޯޓަށް މީހުން ހާޟިރުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާއިދުގައި ބަޔާންކުރާ އުޞޫލާއި އަދި ޣައިރު ޙާޟިރުގައި މައްސަލަ ހިންގުމާ ގުޅޭގޮތުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އިބްރާހީމް ތައުފީޤު ވ. ޢަބްދުﷲ ލަޠީފް ގަޟިއްޔާގައި ބަޔާންކުރާ އުޞޫލާއެއްގޮތަށް ކަން އެނގެއެވެ.

33އެހެންކަމުން، މި މައްސަލަ ޓްރެޝަރ ބިޒް އިންޓަރނޭޝަނަލްގެ ޣައިރު ޙާޟިރުގައި ނިންމުމުގައި ކޯޓަށް މީހުން ހާޟިރުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާއިދުގައި ބަޔާންކުރާ އުޞޫލާއެއްގޮތަށ ސިވިލް ކޓުނޯ ޢަމަލުކޮށްފައިވާ ކަން އނެ ގެން އޮންނަ ކަމާއި، އަދި ޣައިރު ޙާޟިރުގައި މައްސަލަ ނިންމމުގައު ކޯޓަށް މީހުން ހާޟިރުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާއިދުގެ 28 ވަނަ މާއްދާ ތަޠުބީޤުކުރުމުގައިވެސް ގޯހެއް ހަދާފައިވާ ކަމަށް ބަލާނެ ހަމައެއް އޮތްކަމަށް އަހުރެން ނުދެކމެ ވެ. މައްސަލަ ޣައިރު ޙާޟިރުގައި ނިންމިއިރު ސިވިލް ކޯޓަށް އިސްތިއުނާފުކުރި ފަރާތުނަ ދަޢުވާއެއް ހުށަހަޅާފައިވުން

34މި އިސްތިއުނާފުގައި އިސްތިއުނާފުކުރި ފަރާތުން ފާހަގަކުރި ކަންކަމުގެ ތެރޭގައި، އިސްތިއުނާފީ މި މައްސަލަ ދަށުކޯޓުން ނިންމިއިރު ޓްރެޝަރ ބިޒް އިންޓަރނޭޝަނަލްގެ ފަރާތުން މޯލްޑިވްސް ނޭޝަނަލް ޝިޕިންގ އަށް ރައްދުވާ ގޮތަށް 27 މެއި 2021 ގައި ސިވިލް ކޯޓަށް ހުށަހެޅި މައްސަލައެއް ހިނގަމުން ދިޔަ ކަމަށާއި، އެ މައްސަލައަކީ 2021 މެއި 04 އިން ފެށިގެން 07 ދުވަހު ތެރޭގައި ތަން ހުސްކުރުމށަ އަންގައި މޯލްޑިވްސް ނޭޝަނަލް ޝިޕިންގ އިން ފޮނުވި ނޯޓިސް ބާޠިލްކުރުމަށާއި ތަނުގެ ކުލީގެ މުއްދަތު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2021/SC-A/56 ޤަޟިއްޔާގެ 28 އަދި 29 ވަނަ ޕެރެގްރާފް . މިއިސްތިއުނާފީ މައްސަލަ ދަށުކޯޓަށް ހުށަހެޅިފައިވަނީ 15 ޑިސެންބަރު 2015 ގައި އެވެ. އަދި މި މައްސަލަ އެކޯޓުން ނިންމާފައިވަނީ 24 ޖޫން 2021 ގައިއެވެ. އިތުރު 5 އަހަރަށް ދެމިގެންދާނެކަމަށް ކަނޑައަޅައި ދިނުމަށް އެދި ހުށަހެޅި މައްސަލައެއް ކަމަށާއި، އެ މައްސަލަ ސިވިލް ކޯޓުގެ ނަންބަރު C/2021-Cv2061/ ޤަޟިއްޔާގެ ގޮތުގައި ރަޖިސްޓަރީކޮށްފައިވާ ކަމަށާއި، އެމައްސަލަ ހިންގުމަށްޓަކައި 3 ފަހަރެއްގެ މަތިން ތާވަލުކުރި ނަމަވެސް އަޑުއެހުން ބޭއްވިފައި ނުވާ ކަމަށާއި، އެހެންނަމަވެސް އެއިން އެއްވެސް ފަހަރަކު ވެސް ޓްރެޝަރ ބިޒއިންޓަރނޭޝަނަލްގް ޣައިރު ޙާޟިރުގައި އިސްތިއުނާފު ކުރެވިފައމި ވާ ސިވިލް ކޯޓުގެ ނަންބަރ 4670/Cv-C/2019 ޤަޟިއްޔާ ކުރިއަށްދާކަމެއ މޯލްޑިވްސް ނޭޝަނަލް ޝިޕިންގގެ ފަރާތުން ވެސް އަދި ސިވިލް ކޯޓުން ވެސް އެކުންފުންޏަށް އަންގާފައިނުވާ ކަމަށް ބުނެ އެކަން ފާހަގަކޮށްފައިވެއެވެ.

35އިސްތިއުނާފުކުރާ ފަރާތުން އިސްވެ ފާހަގަކުރި ކަންކަމަށް ބަލާއިރު، އިސްތިއުނާފުކުރާ ފަރާތުން ޙަވާލާދިން އިސްވެ ބުނެވުނސިވިލު ކޯޓުގް ނަންބަރު 2061/Cv-C/2021 ޤޟިއްޔަ އެ ކޯޓުގައި ރަޖިސްޓަރީ ކޮށްފައިވަނީ 14 ޖޫން 2021 ތާރީޚުގައެވެ. އެހެންނަމަވެސް، އިސްތިއުނާފަށް ހުށަހެޅިފައިމިވާ މައްސަލައަކީ، 15 ޑިސެންބަރު 2019 ގައި ރަޖިސްޓްރީ ކުރެވި 18 ޑިސެންބަރު 2019 އިން ފެށިގެން އެތައް ފަހަރަކު ކޯޓުން މަސައްކަތްކޮށް އަދި ޢިޢުލާން ވެސް ކުރުމަށްފަހު ދަޢުވާ ރައްދުވާ ޓްރެޝަރ ބިޒއިންޓަރނޭޝަނަލް ފަރާތުން ކޯޓަށް މީހަކު ހާޟިރުނުވމު ން 08 ފެބްރުވަރީ 2021 އިން ފެށިގެން ޣައިރު ޙާޟިރުގައި ހިންގުމަށް ނިންމައި ކުރިއަށް ގެންދިޔު މައްސަލައެކެވެ. އަދި އިސްތިއުނާފ މި މައްސަލަ ސިވިލް ކޯޓުން ނިންމާފައިވަނީ ޙަވާލާދިން މައްސަލަ ސިވިލް ކޯޓުގައި ރަޖިސްޓަރީ ކުރެވުނުތާ ރަސްމީ މަސައްކަތު 08 ދުވަސް ފަހުން، 24 ޖޫން 2021 ތާރީޚު ގައެވެ.

36ބަޔާންވެދިޔަ ހަޤީޤަތްތައް އެހެން ހުރުމުން، ޓްރެޝަރ ބިޒްއިންޓަރނޭޝަނަލް ޣައިރު ހާޟިރުގައި އިސްތިއުނާފު ކުރެވިފައިމިވާ މައްސަލަ ހިންގައި އަދި ނިންމި ނިންމުމުގައި އިޖުރާއީ ޢައިބެއް އޮތްކަމަށް އަހުރެންނަށް ބުރައެއް ނުވެވެއެވެ. ސިވިލް ކޯޓުގެ ނަންބަރު 2061/Cv-C/2021 ޤޟިއްޔަ ސިވިލް ކޯޓުގައި ރަޖިސްޓަރީ ކުރެވިފައިވަނީ 14 ޖޫން 2024 ގައެވެ. އމައްސަލެ ހިންގުމަށްޓަކައި 3 ފަހަރެއްގެ މަތިން ތާވަލުކު ރ ކަމަށާއި އެތިންފަހަރުވެސް މޯލްޑިވްސް ނޭޝަނަލް ޝިޕިންގގެ ފަރާތުން ޙާޟިރުވާނެ ފަރާތެއް ޢައްޔަނު ނުކުރެވިގެން ކެންސަލް ކުރިކަމަށް އިސްތިއުނާފު ފޯމުގައި ފާހަގަކޮށްފައިވެއެވެ.

37އަދި މީގެ އިތުރުން، އިސްތިއުނާފުކުރާ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި ކަމަށް ބުނާ މައްސަލައަކީ 2021 މެއި 04 އިން ފެށިގެން 07 ދުވަހު ތެރޭގައި ތަން ހުސްކުރުމަށް އަންގައި މޯލްޑިވްސް ނޭޝަނަލް ޝިޕިންގ އިން ފޮނުވި ނޓޯ ހެއި ބާޠިލްކުރުމަށް ހުށަހެޅި މައްސަލައެއްކަމަށް އެފަރާތުން ފާހަގކޮށްފައިވަ އިރު، ބުނެވުނާ ނޯޓިހުގައި، […] ގުރައުންޑް ފްލޯރ ކުއްޔަށް ދިނުމަށް ވެފައިވާ އެއްބަސްވުމުގެ ދަށުން ދައްކަންޖެހޭ ކުލި ހޯދުމަށާއި އެއްބަސްވުން ބާޠިލްކުރުމަށް 2019 ވަނަ އަހަރު މައްސަލަ ހުށަހެޅިފައި އޮންނަ ކަމާއި، އެމައްސަލައިގައ އެފަރާތުގެ އެއްބާރުލުން ނުލިބި ކޯޓަށް ހާޟިރުނުވުމުގެ ސަބަބުން ދިގުލައިގެންގޮސްފައިވާ ކަމަށް ޓްރެޝަރ ބިޒްއިންޓަރނޭޝަނަލގް ފަރާތުން ފާހަގަކޮށްފައިވެއެވެ. ވުމާއެކު އިސްތިއުނާކުރާފަރާތުގެ މައްޗަށް މައްސަލައެއް ކޯޓަށް ހުށަހެޅިފައި އޮތްކަން ނޭގޭ ކަމަށް ބުނބުނުމުގައާ އެއްވެސް ބުރަދަނެއް ހުރިކަމަށް ނުދެކެމެވެ. އިސްތިއުނާފީ ތިންވަނަ ނުކުތާއާ ގުޅޭ:

38ކުރިން އިސްވެ ފާހަގަކުރި ފަދައިން، ޓްރެޝަރ ބިޒއިންޓަރނޭޝަނަލް ޣައިރު ހާޟިރުގައި އިސްތިއުނާފު ކުރެވިފައިމިވާ މައްސަލަ ސިވިލް ކޯޓުގައި ހިންގައި އަދި ނިންމި ނިންމުމުގައި އިޖުރާއީ އުނިކަމެއް އޮތްކަމަކަށް އަހުރެން ނުދެކމެ ވެ.

39އެހެންނަމަވެސް، މި މައްސަލއިގައަ ދަށުކޯޓުން ނިންމި ނިންމުމުގައި އެއްބަސްވުމުގެ މުއްދަތު ހަމަވެފައިވާ ކަމަށް ކަނޑައަޅއަ ނިންމި ނިންމުމާއި، އަދި އިސްތިއުނާފު ރައްދުވާ ފަރާތުން ދަޢުވާގައި ހޯދުމަށް އެދިފައިވާ މަހުކުލީގެ ތެރެއިން ބައެއް މަސްމަހުގެ ކުލި ދައްކާފައިވާކަމަށް ބުނެ ޓްރެޝަރ ބިޒް އިންޓަރނޭޝަނަލުން މިއިސްތިއުނާފުގައި ދަފުޢު ހުށަހަޅާފައިވެއެވެ.

40އެހެންކަމުން، ދެން އުފެދޭ ސުވާލަކީ މި މައްސަލައިގައި ދަށުކޯޓުން ނިންމނިންމުނި އެއްފަރާތް ކުރަންޖެހޭ ފަދަ ޙާލަތެއް މި މައްސަލައިގައި އޮތްތަ ނުވަތަ ނޫންތޯއާ މެދު އޮތް ސުވާލެވެ.

41HN5ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އެޓޯލް ބެންޑް ޕްރައިވެޓް ލިމިޓެޑް ވ. މޫސާ ޢަބްދުއްރަޙީމް ޤަޟިއްޔާގައި، ޣައިރު ޙާޟިރުގައި ހިންގާ މައްސަލަތަކާމެދު ކޯޓުތަކުން ޢަމަލުކުރަންޖެހޭ އިޖުރާއަތު ކަނޑައަޅާފައިވެއެވެ.

42އެގޮތުން، އެޤަޟިއްޔާގައި ބަޔާންކޮށްފައިވަނީ، ދިވެހިރާއްޖޭގެ ކޯޓުތަކާބެހޭ ގާނޫނުގައި ޣައިރު ހޟާ ރުގައި ނިންމާ މައްސަލަތަކގުޅާ ގޮތުން ވަކި އިޖުރާއަތެއް ކަނޑައެޅިފައި ނެތުމުންނާއި ޝަރީއަތްކުރުމާބެހޭ ގަވާއިދެއްގައި އެ ފަދަ ހުކުމްތަކުން ލިބިދާނެ ބޭއިންސާފެއް ހުއްޓުވާނެ ގޮތްތަކެއް ކަނޑައަޅާފައި ނެތުމުން، ޣައިރު ހޟާ ރުގައި ނިންމި މަދަނީ މައްސަލައެއް ހައިކޯޓުގައި އިސްތިއުނާފު ކުރެވިއްޖެނަމަ އަންނަނިވި ހާލަތްތަކުން ކުރެ ހާލަތެއް އޮތްނަމަ ޣައިރު ހޟާ ރުގައި ކޮށްފައިވާ ހުކުމް ޝަރުތުތަކާއެކު ނުވަތަ ޝަރުތުތަކާ ނުލައި އެއް ފަރާތްކޮށް، އެ މައްސަލައެއް އަލުން ދަށު ކޯޓުން ބެލުމަށް އެ މައްސަލައެއް ދަށު ކޯޓަށް ތަހުވީލުކުރަން ވާނެ ކަމަށެވެ. އެހާލަތުތަކަކީ؛

(ހ) ޣައިރު ހޟާ ރުގައި ހުކުމްކުރުމުގައި އިޖުރާއީ އުނިކަމެއް ނުވަތަ އައިބެއް އޮތުން.

(ށ) ޣައިރު ހޟާ ރުގައި ހުކުމްކުރުމުގައި އިޖުރާއީ އުނިކަމެއް ނުވަތަ އައިބެއް ނެތް ނަމަވެސް، އެ މައްސަލައަކީ ދައުވާލިބޭ ފަރާތަށް ކާމިޔާބުކުރުމުގެ އެކަށީގެންވާ ފުރުސަތެއް އޮތް އަދި އެކަށީގެންވާ ދިފާއެއ އޮތް މައްސަލައެއް ކަމަށް ހައިކޯޓަށް ފެނުން.

43އިސްވެ ބަޔާންކުރެވިދިޔަ ގޮތުގެމަތިން ޣައިރު ހޟާ ރުގައި ދަށު ކޯޓުން ނެރެފައިވާ ހުކުމް އެއްފަރާތްކުރުމަކީ އެންމެ އަދުލުވެރި ގޮތްތޯ ދިވެހިރާއްޖޭގެ ހައިކޯޓުން ކަނޑައެޅުމުގައި އެ މައްސަލައިގައި ޣައިރު ހޟާ ރުގައި ހުކުމްކުރިފަހުން ގިނަ ދުވަސްތަކެއް ވެފައިވާނަމަ، އެކަމަށާއި ދަށު ކޯޓުގައި ދައުވާކުރި ފަރާތުގެ ހައްގަކަށް އެޙުކުމް އެއްފަރާތްކޮށްފިނަމަ ލިބިދާނޭ ގެއްލުމަށްވެސ ރިއާޔަތް ކުރަންވާނެ ކަމަށް ޙަވާލާދެވުނު ޤަޟިއްޔާގައި ފާހަގަކޮށްފައިވެއެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2021/SC-A/02 ޤަޟިއްޔާގެ 21 ވަނަ ޕެރެގްރާފް

44ބުނެވިދޔަ ޤަޟިއްޔާގައި ބަޔާންކުރާ ހަމތަށް އިސްތިއުނާފަ މި މައްސަލައަށް ތަޠްބީޤުކުރާއިރު، އިސްތިއުނާފު މިކުރެވޭ ޤަޟިއްޔާގައި އެއްބަސްވުމުގެ ދަށުން ކުލީގެ ގޮތުގައި ޖުމުލަ 4,517,000.00ރ. (ހަތަރު މިލިއަން ފަސްލައްކަ ސަތާރަ ހާސް ރުފިޔާ) ނަގައިދިނުމަށް ކަނޑައަޅާފައިވެއެވެ. އެއީ؛

(ހ) މޭ 2013 އިން ނޮވެންބަރު 2013 އަށް މަހަކު 1,000.00 (އެއް ހާސް ރުފިޔާ) ރޭޓުން 7 މަސް ދުވަހަށް ނުދައްކާވާ ފައިސާ.

(ށ) މެއި 2014 އިން އެޕްރީލް 2015 އަށް މަހަކު 1,000.00 (އެއް ހާސް ރުފިޔާ) ރޭޓުން 12 މަސް ދުވަހަށް ނުދައްކާވާ ފައިސާ،

(ނ) މެއި 2015 އިން ޖަނަވަރީ 2016 އަށް ކޮންމެ މަހަކު 2000.00ރ. (ދެހާސް ރުފިޔާ) ރޭޓުން 09 (ނުވައެއް) މަސް ދުވަހަށް ނުދައްކާވާ ފައިސާ،

(ރ) އަދިމާރިޗު 2016 އިން ޖޫން 2021 އަށް މަހަކު ފާއިތުވި ކޮންމެ މަހަކު 70000.00ރ. (ހަތްދިހަހާސް ރުފިޔާ) ރޭޓުން 64 (ފަސްދޮޅަސް ހަތަރެއް) މަސް ދުވަހަށް ނުދައްކާވާ ފައިސާ ކަމަށް ސިވިލް ކޯޓުން ފާހަގަކޮށްފައިވެއެވެ.

45އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވަނީ މީގެ ތެރެއިން ބައެއް މަސް މަހުގެ ކުލި އެފަރާތުން ދައްކާފައިވާނެ ކަމަށެވެ. އެގޮތަށް ފާހަގަކޮށް ޖަނަވަރީ 2016 އިން ފެށިގެން މޭ 2020 އަށް ފައިސާ ދެއްކިކަމަށް ބުނާ ލިޔުންތަކެއް އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިވެއެވެ. އެ ލިޔުންތަކުގައި ބަޔާންވެގެންވާ ފައިސާގެ ޢަދަދު ތަކަ ށ ބަލާއިރް ދަށުކޯޓުން ނަގައިދީފައިވާ ކުލީގެ ދެބައި ކުޅަ އެއްބަޔަށްވުރެ ބޮޑު ޢަދަދެއްގެ ފައިސާ އޭގައި ހިމެނެއެވެ.

46HN6އެހެންނަމަވެސް، މިލިޔުންތަކުގެ ސައްޙަކަން ކަނޑައަޅައި ފައިސާގެ ޢަދަދތަކާ ގުޅޭގޮތުން، މިމަރޙު ލާގައަ ބަޙޘްކޮށު ގޮތް ކަނޑައެޅުމަކީ އިސްތިއުނާފު އުޞޫލުތަށް ނިޔާކުރާ ގޮތެއް ނޫނެވެ. އޭގެ އިތުރުން އިސްތިއުނާފީ މި މަރުޙަލާގެ ތެރެއިން އެކަމާމެދު ގޮތް ކަނޑައެޅިގެން ދިޔުމަކީ، ޤާނޫނުއަސާސީއިން ކަށަވަރު މި މުއްދަތު ތެރޭގައި ފައިސާ ދެއްކި ގޮތުގެ ޕޭމަންޓް ވައުޗަރ، ޓްރާސްފަރ ސްލިޕްފަދަ ލިޔުންތައް އިސްތިއުނާފު ފޯމާއިއެކު ހުށަހެޅިފައިވެއެވެ. އެލިޔުންތަކުން ފެންނަ އޮތްގޮތުން ގާތްގަނޑަކަށް 3670000 (ތިން މިލިއަން ހަލައްކަ ހަތްދިހަ ހާސް ) ރުފިޔާފައިސާ ހިމެނެއެވެ. ކޮށްދީފައިވާ އިސްތިއުނާފުކުރުމުގެ ޙައްޤު ގެ ތެރެއިން އިސްތިއުނާފީ އެއް މަރުޙަލާ މައްސަލައިގެ ޚަޞްމުންނަށް ގެއްލިގެންދާނެ ކަމެކެވެ.

47HN7އެހެންކަމުން، މި މައްސަލއިގައަ ކުލީގެ ފައިސާ ގުޅޭގޮތުން ދަށުކޯޓުން ކޮށްފައިވާ ޙުކުމް އެއްފަރާތް ނުކޮށްފިނަމަ، އެއް ފަރާތަކަށް ނުޙައްޤު މަންފާ )enrichment unjust( އެއް ލބުމުގި އހި ތިމާލް އޮތްކަމަށް އަހުރެންނަށް ބުރަވެވޭތީ، އެންމެ ޢަދުލުވެރި ގޮތަކީ ކުލީގެ ފައިސާއާ ގުޅޭގޮތުން، މި މައްސަލައިގައި އިސްތިއުނާފުކުރާ ފަރާތުން ހައިކޯޓަށް ހުށަހަޅާފައިވާ ލިޔެކިޔުންތަކގު އަލީގައި ކުލީގެ އަދަދާއި ގުޅޭގޮތުން އަލުން ގޮތެއް ކަނޑައެޅުމަށްޓަކައި ސިވިލް ކޯޓަށް ތަހުވީލުކުރުން ކަމުގައި އަހުރެންނަށް ބުރަވެވެއެވެ.

48HN8އަދި ކުލީގެ ފައިސާއާ ގުޅޭގޮތުން ދަށުކޯޓުން ކަންހިގާފައިވާ ގޮތް އަލުން ބަލައި ޙުކުމް ކުރާއިރު، މި މައްސަލަ އިސްތިއުނާފކުރު ފަރާތަށް ގެއްލިޖެ ހާލަތެއްގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އެޓޯލް ބެންޑް ޕްރައިވެޓް ލިމިޓެޑް ވ. މޫސާ ޢަބްދުއްރަޙީމް ޤަޟިއްޔާގައި ދަށު ކޯޓުގައި އަލުން ޝަރީއަތް ހިންގުމަށް ހިނގި އެކަށީގެންވާ ޚަރަދުތައް ހޯދުމަށް ދަޢުވާކުރުމުގެ ޙައްޤާއި ގުޅޭގޮތުން ބަޔާންކުރާ އުޞޫލަށް ރިޢާޔަތްކޮށް މި މައްސަލައިގެ ޝަރީޢަތް އަލުން ސިވިލް ކޯޓު ގައި ހިންގުމަށް ހިނގި އެކަށީގެންވާ ޚަރަދުތައް ހޯދުމަށް ދަޢުވާކުރުމުގެ ޙައްޤު އިސްތިއުނާފު ރައްދުވާ ފަރާތަށް ލިބިގެންވެއެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2021/SC-A/02 ޤަޟިއްޔާގެ 26 ވަނަ ޕެރެގްރާފް ގައި ބަޔާންކުރަނީ؛ ދައުވާލިބޭ ފަރާތުން ގަސްތުގައި ކުރާ ކަމަކުން ނުވަތަ އެ ފަރާތުގެ އިހުމާލުގެ ސަބަބުން ޣައިރު ހާޒިރުގައި މައްސަލައިގައި ހުކުމްކުރުމަށްފަހު، އެ މައްސަލަ ހައިކޯޓަށް ގެންގޮސް އެ މައްސަލަ އަލުން ދަށު ކޯޓުން ބަލައި ޝަރީއަތްކުރަންޖެހޭ ހާލަތުގައި އެ މައްސަލައިގައި ދަ ށ ކޯޓުގައު ދައުވާކުރި ފަރާތުން އިތުރަށް ޚަރަދެއް ކުރަންޖެހޭ ގޮތްވުމަކީ ކޯޓުން ވިސްނަން ޖެހޭނެ ކަމެކެވެ. ވީމާ، ޣައިރު ހާޒިރުގައި ހުކުމްކުރާ މައްސަލައެއްގެ ޝަރީއަތް ދަށު ކޯޓުގައި އަލުން ކުރަންޖެހޭ ހާލަތު މެދުވެރިވާ މައްސަލަތަކުގައި ހުކުމކުރާއިރު އެ މައްސަލައެއްގައި ދައުވާލިބޭ ފަރާތަށް މައްސަލަ ގެއްލިއްޖެނަމަ، އަލުން ދަށު ކޯޓުގައި ޝަރީއަތް ހިންގުމަށް ހިނގި އެކަށީގެންވާ ޚަރަދުތައް ހޯދުމަށް ދައުވާކުރުމުގެ ހައްގު އެ މައްސަލައިގައި ދައުވާކުރާ ފަރާތަށް ލިބިގެންވެއެވެ. އަދި އެފަދަ މައްސަލަތަކުގައި ދަށު ކޯޓުން ހުކުމްކުރާއިރު، ދައުވާކުރާ ފަރާތަށް ކުރަންޖެހުނު ޚަރަދުގެ ތެރެއިން އެކަށީގެންވާ މިންވަރެއް ދައުވާލިބޭ ފަރާތުގެ ކިބައިން ނަގައިދިނުމަށް ވަކި މައްސަލައެއްގެ ގޮތުގައި ދަށު ކޯޓަށް މައްސަލަ ހުށަހެޅިދާނެ ކަމަށް ހުކުމުގައި ކަނޑައަޅަނވާނެއެވެ. މި މަފްހޫމަކީ މިހާރުވެސް ދިވެހިރާއްޖޭގެ ކޯޓުތަކާބެހޭ ގާނޫނުގެ 33 ވަނަ މާއްދާގެ (ބ) ގައި ބަޔާންކުރެވިފައިވާ މަފްހޫމެކެވެ. ދިވެހިރާއްޖޭގެ ކޯޓުތަކާބެހޭ ގާނޫނުގެ 33 ވަނަ މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވަނީ ހައިކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފުގެ މައްސަލައަކީ މަކަރާއި ހީލަތް ހެދުމުގެ ގަސްތުގައި ނުވަތަ އޮޅުވާލުމުގެ ގަސްތުގައި ނުވަތަ މީހަކަށް ލިބެންވާ ހައްގަކުން އެ ފަރާތް މަހުރޫމްކުރުމުގެ ގަސްތުގައި ހުށަހަޅާފައިވާ އިސްތިއުނާފުގެ މައްސަލައެއް ކަމަށްވާނަމަ، އެ މައްސަލަ އެގޮތަށް ހުށަހެޅުމުގެ ސަބަބުން ގެއްލުން ލިބޭ ފަރާތަށް ބަދަލުދިނުމަށް ހުކުމްކުރުމުގެ އިޚްތިޔާރު ހައިކޯޓަށް ލިބިގެންވާ ކަމަށެވެ. އެހެންކަމުން ޣައިރު ހާޒިރުގައި ހުކުމްކުރެވޭ މައްސަލަތަކުގައި ދައުވާލިބޭ ފަރާތުން ކޯޓުގެ އިޖުރާއަތްތައް ދައުވާލިބޭ ފަރާތަށް ގެއްލުންވާ ގޮތަށް ތައައްސަފީ ގޮތުން ބޭނުންކުރާ މައްސަލަތަކުގައި ގެއްލުމުގެ ބަދަލު ނަގައިދިނުމަކީ އެންމެ މަސްލަހަތު ހުރި ގޮތެވެ. ނަމަވެސް މިގޮތުން ނަގައިދޭ ކޮންމެ ބަދަލަކީ ވަކިވަކިން ހެކި ހުށަހަޅައިގެން ސާބިތުކޮށްދެވޭ ގެއްލުމަކަށްވާން ޖެހޭނެއެވެ. އަދި ނަގައިދޭ ޚަރަދުގެ އަދަދަކީ އެކަށީގެންވަ މިންވަރަށް ވުރެ ބޮޑު އަދަދަކަށް ވެގެން ނުވާނެއެވެ ." މައްސަލަ ނިންމަން ފެންނަގޮތް:

49އިސްތިއުނާފު ކުރެވިފައިމިވާ ސިވިލް ކޯޓުގެ ނަންބަރު 4670/Cv-C/2019 ޤަޟިއްޔާ ގެ ޙުކުމުގައި ކުލީގެ ފައިސާއާ ގުޅޭގޮތުން ނިންމާފައިވާ ނިންމުމުގެ އެބައި ބާޠިލްކޮން، މި މައްސަލައިގައި ފާހަގަކޮށްފައިވާ ކަންކަމުގެ އަލީގައި ކުލީގެ ފައިސާއާ މެދު އަލުން ގޮތެއް ކަނޑައެޅުމަށް، ސިވިލް ކޯޓަށް ތަހުވީލުކށޮ މައްސަލަ ނިންމަން ފެނެއެވެ.

ފަނޑިޔާރު ޙަސަން ޝަފީޢުގެ ރައުޔު

50މި މައްސަލައިގައި ފަނޑިޔާރު މުޙައްމަދު ސަލީމުގެ ރައުޔަށް ތާއިދުކުރަމެވެ.

ފަނޑިޔާރު ފާޠިމަތު ފަރްހީޒާގެ ރައުޔު

51މި މައްސަލައިގައި ފަނޑިޔާރު މުޙައްމަދު ސަލީމުގެ ރައުޔަށް ތާއިދުކުރަމެވެ. އިސްތިއުނާފުކުރުމުގެ އިޖުރާއަތު ބަޔާންކޮށްދިނުން:

52މި ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމުގެ ޙައްޤު މައްސަލައިގެ ޚަސްމުންނަށް ލިބިގެންވެއެވެ. އެގޮތުން، އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ މުއްދަތަކީ، ދިވެހިރާއްޖޭގެ ހައިކޯޓުން މި ޤަޟިއްޔާ ނިންމާތާ ރީޚުން ފެށިގެން 30 (ތިރީސް) ދުވަހެވެ. މި މުއްދަތުގެ ތެރޭގައި ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ޙަވާލުކޮށްފައިނުވާނަމަ، އިސްތިއުނާފުކުރުމުގެ މުއްދަތު ގުނަން ފަށާނެ ތާރީޚަކީ، ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ޚަޞްމުންނާ ޙަވާލުކުރާ ތަރީޚެވެ. އެހެން ނަމަވެސް، ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާ ރިޕޯޓަށް ބިނާކޮށްވެސް އިސްތިއުނާފަށް ހުށަހެޅިދާނެއެވެ.

22. ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު ) ގެ 284 ވަނަ މާއްދާގެ (ހ) 23 ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ށ) 24 ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ނ)

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

ޝަރީޢަތުގެ ވީޑިއޯ

ހައިކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޝެއަރ ކުރައްވާ