ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
2022/HC-A/63

އަންވަރު އިބްރާހީމް ވ. އަޙްމަދު ނަޝީދު

ދަށުކޯޓުގެ ނިންމުން ބާޠިލު
ސުޕްރީމް ކޯޓަށް އިސްތިއުނާފުކޮށްފައި ނުވޭ · ރަޖިސްޓްރީ ބެލީ 15 އޮކްޓޫބަރު 2026ޙުކުމުގެ ހާލަތު
ހައިކޯޓު · 27 މޭ 2025ދަށު ކޯޓު: ސިވިލް ކޯޓު 3683/Cv-C/2019ބާވަތް: މަދަނީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
ސިވިލް ކޯޓު 3683/Cv-C/2019
ފަހުގެ ތާރީޚު
ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް

ކޯ ޓާމްސް

ޚުލާޞާ

ކޯޓުން ނިންމަން ޖެހުނު ސުވާލު
ކޯޓަށް ޙާޟިރުވުމުގެ އަމުރު ޤަވާޢިދާ އެއްގޮތަށް ރައްދުނުކޮށް، ދަޢުވާލިބޭ ފަރާތުގެ ޣައިރު ޙާޟިރުގައި ޝަރީޢަތް ހިންގައި ކުރި ޙުކުމަކީ ޞައްޙަ ޙުކުމެއްތޯ.

ނިންމުން

ދަށުކޯޓުގެ ނިންމުން ބާޠިލު

ދަށުކޯޓުގެ ޙުކުމް ބާޠިލު، އަލުން ބެލުމަށް ސިވިލް ކޯޓަށް ތަޙްވީލުކުރި

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 ކޮންމެ މީހަކަށްމެ އިންސާފުވެރި ޝަރީޢަތެއްގެ ޙައްޤު ލިބިގެންވެއެވެ؛ ދަޢުވާލިބޭ ފަރާތާމެދު އިންސާފުވެރިކަން ފެށެނީ ދަޢުވާ ހުށަހެޅުނުކަން އޭނާއަށް އަންގައި ކޯޓަށް ޙާޟިރުވުމުގެ އަމުރު ފޮނުވާ ހިސާބުންނެވެ؛ ޤާނޫނާއި ޤަވާޢިދާ އެއްގޮތަށް އަމުރު ރައްދުނުކޮށް، ޚަޞްމުންނަށް ޝަރީޢަތުގައި ބައިވެރިވުމުގެ ފުރުޞަތު ދެވިފައިވާކަމަށް ނުބެލެވޭނެއެވެ.

HN2 ކޯޓަށް މީހުން ޙާޟިރުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާޢިދާ ޚިލާފަށް ޙާޟިރުވުމުގެ އަމުރު ރައްދުކުރުމަކީ ފާޅުކަން ބޮޑު އައިބެކެވެ؛ އޭގެ ނަތީޖާއަކީ މުޅި ޝަރީޢަތް ތަޣައްޔަރުވުމާއި، ޠަބީޢީ އިންސާފުގެ އުޞޫލުތަކަށް ހުރަސްއެޅުމާއި، އިންސާފުން ޝަރީޢަތްކުރެވުމުގެ ދުސްތޫރީ ޙައްޤު ގެއްލުމެވެ.

HN3 ކޯޓަށް ޙާޟިރުވާންޖެހޭކަން ޤާނޫނާ އެއްގޮތަށް އެންގުމެއްނެތި ޚަޞްމަކާ ދެކޮޅަށް ކުރެވޭ ޙުކުމަކީ ދިފާޢުވުމުގެ ފުރުޞަތު ދީގެން ކުރެވޭ ޙުކުމެއް ނޫނެވެ؛ ދިފާޢުވުމުގެ ފުރުޞަތު ނުދީ، ޝަރީޢަތް ހިންގުމުގެ އަސާސީ އިޖުރާއަތުތަކާ ޚިލާފަށް އިއްވޭ ޙުކުމަކީ ޞައްޙަކަން ދެމެހެއްޓިދާނެ ޙުކުމެއް ނޫން، ބާޠިލު ޙުކުމެކެވެ.

HN4 މައްސަލައަކާ ގުޅިގެން ކޯޓަށް ޙާޟިރުވުމަށް އެންގުމަކީ ހަމައެކަނި ޝަކްލިއްޔާތެއް ފުރިހަމަކުރުމެއް ނޫން، އިންސާފަށް ވާސިލުވުމަށް ހުޅުވާލެވޭ ދޮރެވެ؛ އެ ދޮރު ބަންދުވެއްޖެނަމަ ޝަރީޢަތް ފެށުމުގެ ކުރިން ވެސް އިންސާފަށް ހުރަސްއެޅިފައިވާކަމަށް ބެލެވެއެވެ.

HN5 އަމުރު ރައްދުކުރުމުގެ ގޯހެއްގެ ސަބަބުން ޣައިރު ޙާޟިރުގައި ކުރި ޙުކުމް ބާޠިލުކޮށް އަލުން ބަލަން ތަޙްވީލުކުރާއިރު، އެ ދެވޭ ފުރުޞަތަކީ ދެވަނަ ފުރުޞަތެއް ނޫން، ފުރަތަމަ ދެވެން ޖެހުނު ނަމަވެސް ނުދެވުނު ފުރުޞަތުގެ ބަދަލުގައި ދެވޭ ފުރުޞަތެކެވެ.

ވަކީލުންނާއި ފަނޑިޔާރުން

އިސްތިއުނާފުކުރި ފަރާތުގެ ވަކީލުން
ޢާއިޝަތު ޝީނާ މުޙައްމަދު، ލެކްސަވީ ޗެމްބަރސް އެލް.އެލް.ޕީ
ބެންޗު
ޙަސަން ޝަފީޢު، ޙުސައިން މަޒީދު، ޢަބްދުލްމާނިޢު ޙުސައިން
ރިޔާސަތު
—
ރައުޔު ލިޔުނު ފަނޑިޔާރު
ޙަސަން ޝަފީޢު · ތާއީދުކުރެއްވީ: ޙުސައިން މަޒީދު، ޢަބްދުލްމާނިޢު ޙުސައިން
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

ފަނޑިޔާރު ޙަސަން ޝަފީޢުގެ ރައުޔު

ތަޢާރަފު

3މިއީ، ސިވިލް ކޯޓް ގެ ނަންބަރު 3683/Cv-C/2019 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އެދި ތ.ތިމަރަފުށި، އަންވަރު އިބްރާހީމް ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބަލާ ފައިވާ ޤަޟިއްޔާއެކެވެ. މި ޤަޟިއްޔާގައި އިސްތިއުނާފުރައްދުވާ ފަރާތަކީ، ބ.ދޮންފަނު / މޫނިމާގެ، އަޙްމަދު ނަޝީދު .

ސިވިލް ކޯޓަށް ހުށަހެޅި ދއަ ވ އާއާ އެ ކޯޓުގެ ނިންމުން

3. ތ.ތިމަރަފުށި، އަންވަރު އިބްރަހީމް ދުއްވާ ދޯންޏެއްކަމަށްވާ "ލޫހާ" އެވެކިޔާ ދޯނީގެ އިންޖީނު މަރާމަތުކުރުމަށް ބ.ދޮންފަނު/ މޫނިމާގެ، އަޙްމަދު ނަޝީދުއާ ޙަވާލުކޮށް، އިންޖީނު ރޫޅި ފަހުން އިންޖީނަށް ސްޕެއަރ ބޭނުންވާކަމަށް ބުނެ، މަސައްކަތުގެ އަގަކީ -/32،222ރ. (ތިރީސްހާސް ރުފިޔާ) ކަމަށް އަޙްމަދު ނަޝީދުގެ ފަރާތުން ބުނު މުން، އެ އަގު ބޮޑުކަމަށް ބުނެ އެ ހެން ފަރާތަކާ އެ މަސައްކަތް ހަ ވާ ލ ކުރިނަމަވެސް، އިންޖީނު ރޫޅުމާހަމައަށ ކުރް މަސައްކަތަށް ފައިސާ ދިނުމަށްޓަކައި އަގެއްކިޔަން އަންވަރު އިބްރާހީމް ބުނުމުން، އިންޖީނު ރޫޅުމުގ މަސައްކަތުގެ އަގަކީ -/2،222ރ. (ނުވަހާސް ރުފިޔާ) ކަމަށް އަޙްމަދު ނަޝީދު ބުނެ، ދެފަރތާނ އެއްބަސްވެގެން މަސައްކަތުގެ އަގު ހޯދުމަށް އެދި "ފައިސާގެ ބިލް" އަންވަރު އިބްރާހީމްއަށް ފޮނުވުމުން، އެ ފައިސާ ދައްކާ ޚަލާސްކޮށްފައި ނުވާތީއާއި، ފައިސާގެ ބިލުގައިވާ ތާރީޚަށް ފައިސާ ނުދައްކައިފިނަމަ، ހިނގާ ކޮންމެ ދުވަހަކަށް %2 (ފަހެއް އިންސައްތަ) ގެ ޖޫރިމަނާއެއް އަދާކުރުމަށް އެއްބަސްވުމަށްފަހުވެސް، ފައިސާގެ ބިލުގައިވާ ތާރީޚުގައި ފައިސާވެސް އަދި ޖޫރިމަނާވެސް ދައްކާ ޚަލާސްކޮށްފައި ނުވާތީ، މަސައްކަތުގެ އަގާއި ޖޫރިމަނާ ފައިސާ ހޯދުމަށް އެދި އަޙްމަދު ނަޝީދުގެ ފަރާތުން އަންވަރު އިބްރާޙީމްގެ މައްޗަށް ސިވިލް ކޯޓުގައި ދައުވާކޮށްފައިވެއެވެ. އައިޑީއައިޑީ

2އެ ޤަޟިއްޔާގައި ޙުކުމް ކޮށް ފައިވަނީ: [ދެންފަހެ، ބުނެވިދިޔަ ކަންކަން އެގޮތުގައި ހުރުމާއެކު، މޫނިމާގެ، އަޙްމަދު ނަޝީދުގެ ފަރާތާ ނ ކ.އާގެ، އަންވަރު އިބްރާހީމްގެ މައްޗަށް ދަޢުވާކޮށް ހުށަހެޅި މި މައްސަލާގައި ދަޢުވާކުރާ ފަރާތުން ހޯދުމަށް އެދި ދަޢުވާކުޅަ ފައިސާގެ ތެރެއިން -/399،922ރ. (ތިންލައްކަ ބާވީސްހާސް ދުއިސައްތަ ރުފިޔާ) އަކީ ދަޢުވާލިބޭ ފަރާތުން ދަޢުވާކުރާ ފަރާތަށް އަދާކުރަންޖެހޭ ފައިސާއެއްކަން މަދަނީ މިންގަނޑުތަކުން ޝަރީޢަތަށް ޘާބިތުވާކަމަށް ކަނޑައަޅައި، ބުނެވުނު ފައިސާ ދަޢުވާކުރާ ފަރާތަށް ލިބިދިނުމުގެ ގޮތުން 92 އޮގަސޓ 9292 އިން ފެށިގެނެ62 (ދިހައެއް) މަސްދުވަހުގެ ތެރޭގައި، ކޮންމެ މަހަކު އެމަހަކަށްޖެހޭ ފައިސާގެ ޢަދަދަށްވުރެ މަދުނޫން މި ނ ވަރެއްގެ ފައިސާ ސިވިލް ކޯޓަށް ދައްކައާމިދަރަނ ޚަލާސްކުރުމަށް ދަޢުވާލިބުނު ކ.އާގެ، އަންވަރު އިބްރާހީމްއަށް އަންގައި، އަންވަރު އިބްރި ހީމްގެ ޣއިރުޙާޟިރުގައ ޙުކުމްކޮށްފީމެވެ." މިފަދައިންނެވެ.

އިސްތިއުނާފަށް ހުށަހެޅުނު ނުކުތާތައް

4ސިވިލް ކޯޓުގެ ނަންބަރ 3683/Cv-C/2019 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އެދި ތ.ތިމަރަފުށި، އަންވަރު އިބްރާހީމްގެ ފަރާތުން އަންނަނިވި ނުކުތާ ތައް ހުށަހަޅާ އެ ނުކުތާ ތަކާ ބެހޭ ގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. އެގޮތުން ހުށަހަޅާފައިވާ ނުކުތާ ތަކަކީ :

4.6 އިސްތިއުނާފުކުރާ ފަރާތަށް ކޯޓު އަމުރު ރައްދު ކުރުމެއް ނެތި އަދި އިސްތިއުނާފުކުރާ ފަރާތް ހޯދުމަށް ރޭޑިއޯއިން ނުވަތަ ޓީވީން ނުވަތަ އެނޫންވެސް ހަބަރު ފަތުރާ ވަސީލަތަކުން އިއުލާނު ކުރުމެއްނެތި، އިސްތިއުނާފުކުރާ ފަރާތުގެ ޣައިރު ހާޒިރުގައި ސިވިލް ކޯޓުގެ ނަންބަރު C/2019-/Cv3683 މައްސަލަ ނިންމާފައިވަނީ، ކޯޓަށް މީހުން ހާޒިރުކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ 92 ވަނަ މާއްދާ އާއި ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގެ (ހ) އާއި (ށ) އާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާއާއި؛

4.9 މައްސަ ލައިގެ ނިންމުމަށް ފަނޑިޔާރު ވާސިލްވެފައިވަނީ، މައްސަލައިގައި ކަންހިނގާފައިވާ ގޮތަށް ރިއާޔަތްކރުމެއްނެތި، ކޯޓަށް މީހުން ހާޒިރުކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ 92 ވަނަ މާއްދާ އާއި ޤާނޫނު ނަންބަރު 9262/63 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގެ 2 ވަނަ މާއްދާގެ (ށ) ގެ 6 ވަނަ ނަންބަރާއި 3 ވަނަ ނަންބަރާ ޚިލާފަށްކަމަށްބުނެ ހުށަހެޅި ނުކުތާއާއި؛

4.3 ދަޢުވާގައި ބަޔާންކުރާ ޖޫރިމަނާގެ ފައިސާ ދައްކަންޖެހޭ ކަމަށް ކަނޑައަޅާފައިވަނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2017/HC-A/108 ގަޒިއްޔާ އިން ކަނޑައަޅާފައިވާ އުޞޫލުތަކާ ޚިލާފަށް އަދުލު އިންސާފުގެ ހަމަތަކުން ބޭރުން އަދި ޤާނޫނުއަސާސީގެ 643 ވަނަ މާއްދާއާ ޚިލާފަށްކަމަށްބުނެ ހުށަހެޅި ނުކުތާއާއި؛

4.4 އެއްބަސްވުމުގައި ޝަރުތު ޖަޒާއީ އެއް ހިމަނައި އެއްބަސްވެފައިވާ ހާލަތުގައިވެސް އެއްބަސްވެފައިވާ ގޮތަށް ތަންފީޒު ކޮށްދިނުމަކީ ކޯޓުތަކަށް ލާޒިމު ކަމެއް ނޫންކަން ދިވެހިރާއްޖޭގެ މަތީ މަރުހަލާގެ ކޯޓުތަކުން ނިންމާފައިވާ ނިންމުން ތަކުން އެނގެން އޮންނައިރު، ޖޫރިމަނާގެ ފައިސާ ނަގައިދީފައިވަނީ، ދިވެހިރާއްޖޭގެ މަތީ މަރުހަލާގެ ކޯޓުތަކުން ނިންމާފައިވާ ނިންމުންތަކާ ޚިލާފަށް، އަދި ޤާނޫނުއަސާސީގެ 436 ވަނަ މާއްދާއާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާއާއި؛

4.2 ގެއްލުން ކުޑަ ކުރުމަށް އިސްތިއުނާފު ރައްދުވާ ފަރާތުން މަސައްކަތްކޮށްފައި ނުވާއިރު، އިސްތިއުނާފު ރައްދުވާ ފަރާތުން އެދިފައިވާ ޖޫރިމަނާގެ އަދަދު ނަގާދީފައިވަނީ، ޤާނޫނު ނަންބަރު 26/4 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 94 ވަނަ މާއްދާ އާއި މަތީ މަރުހަލާގެ ކޯޓުތަކުން ނިންމާފައިވާ ނިންމުންތަކާ ޚިލާފަށްކަމަށްބުނެ ހުށަހެޅި ނުކުތާއެވެ. އިސްތިއުނާފުކުރާ ފަރާތުން ފާހަގަކުރި ކަންކަމުގެ ޚުލާސާ އިސްތިއުނާފީ ފުރަތަމަ ނުކުތާ

5އިސްތިއުނާފީ ފުރަތަމަ ނުކުތާއާ ގުޅިގެނާ އިސްތިއުނާފުކުރާ ފަރާތުން މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވަނީ ސިވިލް ކޯޓުގެ ނަންބަރ 3683/Cv-C/2019 ޤަޟިއްޔާގެ ޙުކުމް އިސްތިއުނާފުކުރާ ފަރާތު ގެ ޣައިރު ހާޒިރުގައި ކޮށްފައިވަނީ ކޯޓަށް މީހެ ން ހާޒިރުކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގާ 92 ވަނަ މާއްދާއާ ޚިލާފަށް އަދި ބަޔާންކޮށްފައިވާ އިޖުރާއަތުތަށް ފުރިހަމަ ކުރިމެއްނެތި ކަމަށެވެ.

6ސުޕްރީމް ކޯޓުގެ ނަންބަރު 2021/SC-A/02 (އެޓޯލް ބެންޑް ވ. މޫސާ ޢަބްދުއްރަޙީމް) ޤަޟިއްޔާގައި މަދަނީ މައްސަލަތަލުގައި ކޯޓުތަކުގެ މަޤްސަދަކަށް ވާންޖެހޭނީ ހަސްމުންގެ ޙައްޤުތައް ކަނޑައަޅައި ބަޔާންކޮށްދިނުން ކަމަށްވާތީ އާއި، ޣައިރު ހާޒިރުގައި ޙުކުމްކުރުމަކީ ދައުވާލިބޭ ފަރާތުން ހަދާ ގޯހެއްގެ ސަބަބުން އުގޫބާތެއް ދިނުމުގެ ގޮތުންކުރާ ކަމަކަށް ނުވާތީއާއި އެކަން ކުރަނީ ދައުވާލިބޭ ފަރާތުން ކޯޓަށް ހާޒިރުވުމަށް ބާރު އެޅުމުގެ ގޮތުން އިދާރީ ފިޔަވަޅެއްގެ ގޮތުން ކަމަށްވާތީ، މައްސަލައިގެ މައުލޫއީ ބުރަދަނަށް ބަލައިގެން، ކޯޓުން ފައިސަލާކުރަނިވި ފުރިހަމަ ޙުކުމެއް ކޮށްފުމަށް ދާންދެން، ޢަދުލު އިންސާފަށްޓަކައި ކޯޓުގެ އަމުރުކުރަނިވި ބާރުގެ ބޭނުންކޮށްގެން އަޅާފައިވާ މިފަދަ ފިޔަވަޅުތައް އަނބުރާ ގެންދިޔުމުގެ އިޚްތިޔާރު ކޯޓަށް ލިބިގެންވާކަމާއި ޣައިރު ހާޒިރުގައި ނިންމާ މަދަނީ މައްސަލައެއްގެ ޙުކުމް ޝަރުޠުތަކާއެކު ނުވަތަ ޝަރުޠަކާ ނުލާ އެއްފަރާތްކޮށް އަލުން މައްސަލަ ބެލިދާނެ ދެ ޙަލާތެއް ކަނޑައަޅުއްވާފައިވާކަމާއި އެ ދެ ޙަލާތަކީ؛ (6) ޣައިރު ޙާޟިރުގައި ޙުކުމްކުރުމުގައި އިޖުރާއީ އުނިކަމެއް ނުވަތަ އައިބެއް އޮތުން ނުވަތަ (9) އެފަދަ އުނިކަމެއް ނުވަތަ އައިބެއް ނެތްނަމަވެސް މައްސަލައަކީ ދަޢުވާލިބޭ ފަރާތަށް ކާމިޔބާ ކުރުމުގު އެކަށީގެންވާ ފުރުސަތެއް އަދި ދިފާއެއ އޮތް މައްސަލައެއްކަމަށް ފެންނަ ޙާލަތުކަމަށް އިސްތިއުނާފުކުރާ ފަރާތުން ފާހަގަކުރެ އެވެ.

3. އެގޮތުން ހުށަހެޅިފައިމިވާ މައްސަލައިގައި އިސްތިއުނާފުކުރާ ފަރާތަށް ޗިޓު ރައްދުކުރުމުގައި އަމަލުކޮށްފައިވަނީ ކޯޓަށް މީހުން ހާޒިރުކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދގު 92 ވަނަ މާއްދާއާއި ޚިލާފަށްކަމަށްވުމުން މިއީ އިޖުރާއީ އުނި ކަމެއްކަމާއި މައްސަލައިގެ މައުލޫއަށް ބަލާއިރުވެސް، މި މައްސަލައަކީ އިސްތިއުނާފުކުރާ ފަރާތަށް ކާމިޔާބު ކުރުމުގެ ބޮޑު ފުރުސަތެއް އޮތް މައްސަލައެއްކަމަށް ބެލެވޭތީ ދަށު ކޯޓުން އިސްތިއުނާފުކުރާ ފަރާތު ގެ ޣައިރު ހާޒިރުގައި މި މައްސަލަ ނިންމާފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާ ގެ ދަށުން އިސްތިއުންފްކުރާ ފަރާތަށް ލިބިގެންވާ ޙައްޤުތަކުން މަޙުރޫމްވާ ގޮތުގެ މަތިންކަމަށް އެފަރާތުން ފާހަގަކުރެއެވެ.

އިސްތިއުނާފީ ދެވަނަ ނުކުތާ

8އިސްތިއުނާފީ ދެވަނަ ނުކުތާގައި އިސްތިއުނާފުކުރާ ފަރާތުން މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވަނީ މައްސަލައި ގައި ކަންހިނގާފައިވާ ގޮތަށް ރިޢާޔަތްކުރުމެއްނެތި ޤާނޫނު ނަންބަރު 9262/63 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގެ 2 ވަނަ މާއްދާގެ (ށ) ގެ 6 ވަނަ ނަންބަރާއި 3 ވަނަ ނަންބަރާ ޚިލާފަށް ސިވިލް ކޯޓުން މައްސަލަ ނިންމަވާފައިވާ ވާކަމެވެ.

3. އެގޮތުން ދައުވާގައި ބަޔާންކޮށްފައިވާ ދޯނި މަރާމާތު ކުރުމުގެ ހަރަދަކީ އިސްތިއުނާފު ކުރާ ފަރާތުން ދައްކަންޖެހޭ ފައިސާއެއްކަމަށް ސިވިލް ކޯޓުން ކަނޑައަޅާފައިވަނީ ދޯނީގެ މަރާމާތަށް ޚަރަދުވެފައވި ފައިސާ ދެއްކުމަށް ހަވާލުކޮށްފައިވާ ބިލް އިސްތިއުނާފރައްދުވާ ފަރު ތ ޙަވާލުކޮށްފައިވާކަން މައްސަލައި ގައި ހުށަހަޅާފައިވާ ހެކިންގެ ހެކިބަހުން ސާބިތުވާކަމަށް ބަޔާންކޮށްކަމާއި ނަމަވެސް އިސްތިއުނާފުރައްދުވާ ފަރާތުން ހުށަހަޅާފައިވާ ދައުވާ ފޯމަށް ބެލުމުންވެސް ދައުވާގައި ބަޔާ ން ކުރާ ބިލް އިސްތިއުނާފުކުރާ ފަރާތަށް ފޮނުވިފަހުން ދެފަރާ ތޫނު މަޝްވަރާކޮށް ބިލުގައިވާ އަގަށް ބަދަލުގެނެސް، އިސްތިއުނާފުކުރާ ފަރާތުން ހުށަހެޅި ގޮތަށް މަސައްކަތުގެ އަގުގެ ގޮތުގައި ޖުމްލަ 222،1ރ. (ހަހާސް ރުފިޔާ) ދެއްކުމަށް އެއްބަސްވެފައިވާކަން ސާފުކޮށް އެނގެން އޮންނަކަމަށް އިސްތިއުނާފުކުރާ ފަރާތުން ބުނެއެވެ.

32.ހުށަހެޅުމެއް ޤަބޫލުކުރުމުގައި ޝަރުތެއް އޮވެގެން ނުވާނެކަމަށް ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 2 ވަނަ މާއްދާގެ

(ހ) ގައި ބަޔާން ކޮށްފައިވާކަމާއި ވަކި ޝަރުތަކާއެކު ހުށަހެޅުމެއް ޤަބޫލުކުރާ ޙާލަތުގައި އެއީ ރައްދު ހުށަހެޅުމެއްކަމަށް އިސްތިއުނާފުކުރާ ފަރާތުން ފާހަގަކުރެއެވެ. އިސްތިއުނާފ ރައްދުވު ފަރާތގު ބިލްގައިވާ އަދަދަށާއި އޭގައިވާ ޖޫރިމަނާއަށް އިންކާރުކޮށް އެ އަދަދު ބަދަލުކުރުމަށް އިސްތިއުނާފުކުރާ ފަރާތުން ހުށަހެޅުމުން އެ ހުށަހެޅުމަށް އިސްތިއުނާފު ރައްދުވާ ފަރާތުން އިޖާބަ ދިނުމުން ދެފަރާތުގެ ދެމެދުގައި އެއްބަސްވުމި އެ އުނި ވާނެކަމާއި މި މައްސަލައާ ގައި ބިލުގައިވާ އަދަދަށާއި ޖޫރިމނާއަށ އިންކާރުކޮށް ބިލުގައިވ 222،2ރ. (ނުވަހާސް ރުފިޔާ)ގެ ބަދަލުގައި 222،1ރ. (ހަހާސް ރުފިޔާ) ހުށަހެޅުމުން އިސްތިއުނާފު ރައްދުވާ ފަރާތުން އެ އަދަދަށް ރުހި ޤަބޫލުވާ ހިސާބުން ވަކި އެއްބަސްވުމެއް އުފެދޭނެކަމާއ ބިލުގައި ކުރިން ހިމަނާފައިވާ 222،2ރ. (ނުވަހާސް ރުފިޔާ) އާއި ޖޫރިމަނާއަކީ އެއްބަސްވުމުގެ ޝަރުތުތަކެއް ނޫންކަމަށް އިސްތިއުނާފުކުރާ ފަރާތުން ފާހަގަކުރެއެވެ.

33.އަދި މަސައްކަތުގެ އަގުގެ ގޮތުގައި އެއްބަސްވެފައިވާ 1،222ރ (ހަހާސް ރުފިޔާ) ނުދައްކާ ޙާލަތުގައި ކުރިން ހަވާލާދެވިފައިވާ ބިލުގައިވާ އުޞޫލުން އަމަލުކުރާނެ ކަމަށް އިސްތިއުނާފުކުރާ ފަރާތު ން އެއްބަސްވެފައިވާކަމަށް އިސްތިއުނާފުރައްދުވާ ފަރާތުން ބުނެފައިވީނަމަވެސް އެކަން ސާބިތުކުރުމަށް އެފަރާތުން އެއްވެސް ހެއްކެއް ހުށަހަޅާފައި ނުވާނެކަމާއި ޝަރީޢަތަށް ހެކިބަސް ދިން އެއްވެސް ފަރާތެއްގެ ހެކިބަހުންވެސް އެ ކަން ސާބިތުނުވާކަމާއި އެހެންކަމުން ސިވިލް ކޯޓަށް ހުށަހެޅިފައިވާ އެންމެހާ ހެކި ޤަރީނާއަށް ބެލުމުން ދެފަރާތުގެ ދެމެދުގައި އޮތް އެއްބަސްވުމަކީ މަސައްކަތުގެ އަގު ގެ ގޮތުގައި 1،222ރ. (ހަހާސް ރުފިޔާ) ދެއްކުން އެކަނިކަން ސާވާކަމަށްވެސ އެފަރާތުން ފާހަގަކުރެއެވެ.

33.އެހެންކަމުން މައްސަލައިގައި ހުށަހެޅިފައިވާ އެންމެހާ ހެކި ޤަރީނާއަށް ބެލުމުންވެސް ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމަކީ މަސައްކަތުގެ އަގުގެ ގޮތުގައި 1،222ރ. (ހަހާސް ރުފިޔާ) ދެއްކުން އެކަނިކަން ސާފުވނާ އޮތްއިރު، އިސްތިއުނާފު ރައްދުވާ ފަރާ ތުން ހުށަހަޅާފައިވާ ބިލްގައިވާ އަދަދާއި އެފައިސާ ނުދެއްކުމުގެ ސަބަބުން އަރާފައިވާ ޖޫރިމަނާގެ ފައިސާ އިސްތިއުނާފުކުރާ ފަރާތުން ދައްކަންޖެހޭ ކަމަށް ސިވިލް ކޯޓުން ނިންމާފައިވަނީ ދައުވާ ފޯމާއެކު ހުށަހަޅާފައިވާ ހެކި ޤަރީނާއަށް އެކަށީގެންވާ މިންވަރަށް ރިޢާޔަތްކުރުމެއްނެތި ކަމާއި ސިވިލް ކޯޓުން އެފަދައި ކަނޑައަޅާފައިވަނީ ޤާނޫނު ނަންބަރު 9262/63 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގެ 2 ވަނަ މާއްދާގެ (ށ) ގެ 6 ވަނަ ނަންބަރާއި ޚިލާފަށްކަމަށް އިސްތިއުނާފުކުރާ ފަރާތުން ދެކެއެވެ.

އިސްތިއުނާފީ ތިންވަނަ ނުކުތާ އަދި ހަތަރުވަނަ ނުކުތު

32.އިސްތިއުނާފީ ތިންވަނަ ނުކުތާއާއި ހަތަރުވަނަ ނުކުތާގައި ފާހަގަކޮށްފައިވަނީ ސިވިލް ކޯޓުން މައްސަލައި ގައި ޖޫރިމަނާގެ ފައިސާ ނަގާދީފައިވަނީ މަތީ މަރުޙަލާގެ ނިންމުންތަކުގައިވާ އުޞޫލުތަކާ ޚިލާފަށް ކަމަށެވެ. އެގޮތުނެ ޖޫރިމަނގާ ފައިސާ ނަގައިދިނުމަށް ސިވިލް ކޯޓުން ރިޢާޔަތްކޮށްފައިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2017/HC-A/108 ޤަޟިއްޔާ ގައި ޖޫރިމަނާގެ ފައިސާ ނަގާދެވިފައިވިޔަސް ހައިކޯޓުގެ ނަންބަރު 2017/HC-A/108 ޤަޟިއްޔާގެ ވާގިއާތަކާއި ހުށަހެޅިފައިމިވާ މައްސަލައިގެ ވާގިއާތަކާ ތަފާތުކަމާއި ހައިކޯޓުގެ ނަންބަރު 2017/HC-A/108 ޤަ ޟިއްޔާއަށ ބެލުމުން އެ މައްސަލައިގައި ޖޫރިމަނާގެ ފައިސާ ނެގުމާއި އަދި ޖޫރިމަނާގެ އަދަދާއި ގުޅޭ ގޮތުން ދެފަރާތުގެ ދެމެދުގައި އެއްބަސްވެފައި އޮތްނަމަވެސް ހުށަހެޅިފައިމިވާ މައްސަލައި ގައި އެފަދަ އެއްބަސްވުމެއްނެތް ކަން އެނގެން އޮތްހިނދު ހައިކޯޓުގެ ނަންބަރު 2017/HC-A/108 ޤަޟިއްޔާއަށް ރިޢާޔަތްކޮށް މި މައްސަ ލައި ގައި ޖޫރިމަނާގެ ފައިސާ ދެއްކުމަށް އަންގާފައިވަނީ ރަނގަޅަށް ނޫންކަމަށް އިސްތިއުނާފުކުރާ ފަރާތުން ފާހަގަކުރެއެވެ.

31.އަދި މީގެ އިތުރުން ސިވިލް ކޯޓުން ޖޫރިމަނާގެ ފައިސާ ނަގައިދިނުމުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2013/SC-A/27 (ސީ.ޕީ.އެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވ. ވާރކްސް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑް ) ޤަޟިއްޔާ އާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2015/SC-A/16 (މައިކްރޯ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ވ. އައި އެންޑް ޓީ މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑް) ޤަޟިއްޔާގައ ކަނޑައަ ޅާފައިވާ ޝަރުތު ޖަޒާއީގެ ފައިސާ ނަގައިދިނުމާގުޅޭ އުޞޫލުތަކާއި ދުރަށް ގޮސްފައިވާކަމަށް އިސްތިއުނާފުކުރާ ފަރާތުން ބުނެއެވެ.

35.މިހާރު ޖޫރިމަނާގެ ފައިސާ ނަގައިދިނުމާ ގުޅޭ ގޮތުން މަތީ މަރުހަލާގެ ކޯޓުތަކުން ނިންމާފއިވަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މައްސަލަތަކުގައި ކަނޑައަޅުއްވާފައިވާ އުޞޫލުތަކާއި ޚިލާފަށް މި މައްސަލައިގައި ދައްކަންޖެހޭ ކަމަށް ބަޔާންކުރާ ޖޫރިމަނާގެ ފައިސާ އަކީ ކަނޑައެޅިގެން ޕެނަލްޓީއެއްގެ ގޮތުގައި ބެލެވޭ ފައިސާއެއްކަމާއި މިބާވަތުގްޕްނަލްޓީ ކްލޯޒްއަށްވާ ފައިސާއަކީ ނަގައިނުދެވޭނެ ފައިސާއެއްކަމަށް އިސްތިއުނާފުކުރާ ފަރާތުނ ދެކޭކަމަށް ފާހަގަކުރެއެވެ.

އިސްތިއުނާފީ ފަސްވަނަ ނުކުތާ

36.މ ނުކުތާގައި އިސްތިއުނާފުކުރި ފަރާތުން ފާހަގަކޮށްފައިވަނީ އިސްތިއުނާފު ރައްދުވާ ފަރާތުން ގެއްލުން ކުޑަ ކުރުމަށް މަސައްކަތް ކޮށްފައި ނުވާއިރު އެފަރާތުން އެދިފައިވާ ޖޫރިމަނާގެ ފައިސާ ނަގާދީފައިވަނީ ޤާނޫނު ނަންބަރު 26/4 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 94 ވަނަ މާއްދާ އާއި މަތީ މަރުހަލާގެ ކޯޓުތަކުން ނިންމާފައިވާ ނިންމުންތަކާ ޚިލާފަށް ކަމަށެވެ.

33.ޤާނޫނު ނަންބަރު 26/4 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 94 ވަނަ މާއްދާގައި އެކަށީގެންވާ ވަރަށް ރައްކާތެރި ނުވުމުގެ ސަބަބުން ލިބޭ ގެއްލުމަކަށް ރައްކާތެރިނުވި ފަރާތަށް ބަދަލު ދިނުމެއް ނޯންނާނެކަމަށް ބަޔާންކޮށްފައިވާކަމާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2014/SC-A/43 (ގުލޭފ މުޙައްމަދާ ވ. އާދަމް ޙަލީމް) ޤަޟިއްޔާގައި ގެއްލުންވި ފަރާތު ން އެކަށީގެންވާ ވަރަށް ރައްކާތެރިވެފައިވޭތޯ ކަނޑައެޅުމަށްޓަކައި ރިޢާޔަތް ކުރެވިދާނެ ކަންކަން ފާހަގަކޮށްފައިވާކަމާއި އޭގެ ތެރޭގައި ގެއްލުމުގެ ބަދަލު ހޯދަން އެދޭ ކަންކަމުގައި، ލިބުނު ގެއްލުން ކުޑަކުރުމުގެ އިހުތިމާލު އޮތަތީ އާއި އެފަދަ ގެއްލުމެއް ކުޑަކުރުމުގެ އިހުތިމާލު އޮތްނަމަވެސް ބަދަލަށް އެދޭ ފަރާތު ގެ ޢަމަލުތައް ހުރީ އެކަށީގެންވާ ގޮތަކަށްތޯ ބަލަންޖެހޭނަކަމަށް ބަޔާންކޮށްފައިވާކަމަށް އިސްތިއުނާފުކުރާ ފަރާތުން ފާހަގަކުރެއެވެ.

38.މި މައްސަލައި ގައި ކަން ހިނގާފައިވާގޮތަށް ބަލާއިރު ދައުވާގައި ހިމެނޭ މުއާމަލާ ތަކީ 9262 ވަނަ އަހަރު ހިނގާފައިވާ މުއާމަލާތެއްކަމާއ އިސްތިއުނާފި ރައްދުވު ފަރާތުގާ އިންވޮއިސް އ ސްތިއުނާފުކުރާފަރާތާ ހަވާލުކޮށް ފައިވަނީ 94 އޮކްޓޫބަރު 9262 ގައި ކަމާއި ނަމަވެސް އިންވޮއިސްގައި ބަޔާންކުރާ ފައިސާ ނުވަތަ އަގަށް ގެނެވުނު ބަދަލާއެކު އަދާކުރުމަށް އެއްބަސްވި ފައިސާ ހޯދުމަށް ކޯޓަށް ހުށަހަޅާފައިވަނީ 22 އޮކްޓޫބަރު 9262 ވަނަ އަހަރުގައި ކަމާއި މައްސަލައިގެ އިންވޮއިސް ރައްދުކުރެވުނު ފަހުން 9 އަހަރު ދުވަސް ވަންދެން އެ ފައިސާ ނުލިބިގެން އެއްވެސް ފިޔަވަޅެއްއަޅާފައް ނުވަނު ކަނޑައެޅިގެން ޖޫރިމަނާއާއި ގެއްލުމުގެ ބަދަލު ކަމަށަބުނ ކޯޓެ މެދުވެރިކޮށް ހޯދުމަށް އެދޭ ފައިސާގެ އަދަދު ގިނަކޮށް، ނާޖާއިޒް މަންފާއެއް ހޯދުމުގެ ނުރަނގަޅު ނިޔަތެއް އޮވެގެންކަމުގައި ބެލެވޭކަމަށް އިސްތިއުނާފުކުރާ ފަރާތުން ފާހަގަކުރެއެވެ.

އިސްތިއުނާފުކުރާ ފަރާތުން އެދޭގޮތް

33.އިސްތިއުނާފުކުރާފަރާތުން އެދިފައިވަނީ ސިވިލް ކޯޓުގެ ނަންބަރު 3683/Cv-C/2019 ޤަޟިއްޔާއިން ކޮށްފައިވާ ޙުކުމް ބާޠިލްކޮށްދިނުމަށެވެ. އިސްތިއުނާފުރައްދުވާ ފަރާތުން ފާހަގަކުރި ކަންކަން އިސްތިއުނާފީ ފުރަތަމަ ނުކުތާއާ ގުޅޭ

32.އަންވަރު އިބްރާހީމްއަށް އަމުރު ލިބި އަމުރު ލިބުނުކަމަށް ސޮއިކޮށްފައިވާކަމާއި، އަމުރާއި ޙަވާލުވެ ކޯޓަށް ޙާޟިރުނުވެއްޖެނަމަ ޣައިރު ހާޒިރުގައި މައްސަލަ ނިންމިދާނެކަމަށް އަމުރުގައި ބަޔާންކުރާކަމާއި ކޯޓަށް މީހުން ހާޒިރުކުރުމުގައި ޢަމަލުކުރާނެގޮތުގެ ގަވާއިދގު 62 ވަނަ މާއްދާގެ ދަށުން، ކޯޓަށް ހާޒިރުވާންޖެހޭ މީހާ ދިރިއުޅޭ ގޭގައި އުޅޭ އެހެން މީހަކު އެއަމުރ ހަވާލުވިޔަސް އެއަމުރަކީ ކޯޓަށް ހާޒިރުވާންޖެހޭ މީހާއަށް ރައްދުކުރެވިފައިވާ އަމުރެއްކަމަށް ބެލެވިދާނެކަމަށް ބަޔާންކޮށްފައިވާކަމަށް އިސްތިއުނާފު ރައްދުވާ ފަރާތު ން ފާހަގަކުރެއެވެ.

33.އަދި ޑިސްޕިއުޓް މަރުޙަލާގައިވެސް އިސް ތިއުނާފުކުރާ ފަރތުގާ ވަކީލެއްގެ ގޮތުގައެ އުޅުނު ފަރާތް ކޯޓަށް ޙާޟިރުވެސްވެފައިވާކަމާއި އިސްތިއުނާފުކުރާ ފަރާތުގެ މައްސަލައެއް ސިވިލް ކޯޓުގައި ހިންގަމުންދާ ކަން އެނގިހުރި، އެޑްރެސް ބަދަލުވެފައިވާނަމަ އެކަން ކޯޓަށް ނާންގައި ކޯޓާ މުޢާމަލާތް ނުކޮށްހުރުން މިއީ އިސްތިއުނާފު ކުރާ ފަރާތުން ދިފާޢުވުމަށް ބޭނުން ނުވާކަމަށް ކަށަވަރުވާކަމެއްކަމުން، ޤާނޫނުއަސާސީން ލިބިދޭ ޙައްޤުތަކަކުން މަހުރޫމ ކޮށްފައިވާކަމަށް ބުނެވިގެންވާނެ ހާލަތެއް ނެތްކަމަށް އިސްތިއުނާފުރައްދުވާ ފަރާތުން ބުނެއެވެ.

އިސްތިއުނާފީ ދެވަނަ ނުކުތާއާ ގުޅޭ

33.މައްސަލައިގައި ކަންހިނގާފައިވާ ގޮތަށް ރިޢާޔަތްކޮށްފައިނުވާކަމަށް ބުނާ ބުނުމާއި ގުޅިގެން އިސްތިއުނާފުކުރާ ފަރާތުން ފާހަގަކޮށްފައިވާ ކަންކަމާއި ގުޅިގެން އިސްތިއުނާފ ރައްދުވު ފަރާތުން ބުނެފައިވަނީ އެއީ ޙަޤީޤަތް އޮޅުވާލުމުގެ ނިޔަތުގައި ބަޔާންކޮށްފައިވައި ކަންކަންކަމާއި 9,000ރ. (ނުވަހާސް ރުފިޔާ) ގެ ބިލަށް ލުޔެއް ދީ 6,000ރ. (ހަހާސް ރުފިޔާ) އަށް ބަދަލުކޮށްފިނަމަ 3 ދުވަސް ތެރޭ ފައިސާ ދައްކާނެކަމަށް އިސްތިއުނާފުކުރާފަރާތުން ބުނެފައިވާކަމާއި 3 ދުވަހުގެ ތެރޭގައި ފައިސާ ނުދައްކައިފިނަމަ ބިލުގައިވާ ޖުމުލަ ފައިސާ ކަމަށްވާ 9,000ރ. (ނުވަހާސް ރުފިޔާ) ޖޫރިމަނާއާއެކު ދައްކަންޖެހޭކަމަށް ޝަރުތު ކުރެވިފައިވާކަން ހުށައެޅިފައިވާ ލިޔެކިޔުންތަކުން އެނގިގެންދާކަމަށް އިސްތިއުނާފު ރައްދުވާ ފަރާތުން ފާހަގަކުރެއެވެ.

32.އަދ މި މައްސަލައިގައި ޙުކުމްކޮށްފައިވަނީ ހުށަހޅިފައިވެ ދައުވާއަށާއި ދައުވާ ސާބިތުކުރުމަށް ހުށަހެޅިފައިވާ މަސައްކަތުގެ އަގު ބަޔާންކުރާ ބިލަށާއ މި ބިލު ހަވާލު ކ ރިކަމާއ މި ބިލަށް ފައިސާ ދައްކާނެކަމަށް އިސްތިއުނާފުކުރާ ފަރާތުން އެއްހާޒިރުގައިހުރެ އެއްބަސް ވިކަމާއި ސޮއިކޮށް އިނގިލީގެ ނިޝާން ޖަހާފައިވަނީ ހަމަހޭގައ ހުރި ބިލުގައިވާ އެންމެހައި ކަންކަމަށް އެއްބަސްވެގެން ކަމާއި، ސޮއިކޮށް އިނގިލީގެ ނިޝާން ޖަހާފައިވަނީ ހަމަހޭގައ ހުރި ބިލުގައިވާ އެންމެހައި ކަންކަމަށް އެއްބަސްވެގެން ކަން ސާބިތުކުރުމަށް ހުށައެޅިފައިވާ ހެކިވެރިންގެ ހެކިބަހށަ ސިވިލް ކޯޓުން ބަލާފައިވާކަމާއި މިކަން ޝަރީޢަތް ނިމުނު ރިޕޯޓު ން އަދި ދައުވާ ފޯމުންވެސް އެނގިގެންދާކަމާއ މައްސަލި ނިންމުމުގައި މި އެންމެހައި ކަންކަމަށް ބ ލާފައިވާކަމަށް އިސްތިއުނާފު ރައްދުވާ ފަރާތުން ފާހު ގަކުރެއެވެ. އިސްތިއުނާފީ ތިންވަނަ ނުކުތާއާއި ހަތަރުވަނަ ނުކުތާއާ ގުޅޭ

31.ސިވިލ ކޯޓުން މައްސަލައިގައް ޖޫރިމަނާގެ ފައިސާ ނަގާދީފައިވާ ގޮތާއި ގުޅިގެން ބަޔާންކޮށްފައިވާ ކަންކަމާ ގުޅިގެން އިސްތިއުނާފު ރައްދުވާ ފަރާތުން ފާހަގަކޮށްފައިވަނީ 9266 ވަނަ އަހަރު ހައިކޯޓުން ނިންމާފައިވާ ޓްރަވެލިން މޯލްޑިވްސް ޕވޓ ލޓޑ ވ. ޓިމްބަރ ހައުސް ޕވޓ ލޓޑ ޤަޟިއްޔާގައި މުޢާމަލާތް ހިނގާފައިވަނީ ލިޔެވިފައިވާ ވަކި ކޮންޓްރެކްޓަކުން ކަމަށް ނުވިޔަސް މުޢާމަލާތް ހިނގާފައިވަނީ ދެފަރާތުގެ ދެމެދުގައި އެކި ފަހަރު މަތިން ބަދަލުކުރެވިފައިވާ ލިޔެކިޔުމުން ކަމަށްވާތީ ކޯޓުން ކަނޑައަޅާފައިވަނީ އެ މުޢާމަލާތާއި ގުޅިގެން ފޮނުވާފައިވާ އިންވޮއިސްތަކަކީ ކޮންޓްރެކްޓުގެ ބައެއްކަމާއި، އިންވޮއިސް ބަލައިގަނެ އެ އިންވޮއިސްގައިވާ ޖޫރިމަނާއަށް ދައު ވ ލިބާ ފަރާތުން އިއުތިރާޒުކޮށްފައިނުވާތީ ވ އެ އިންވޮއިސްގައިވާ ޖޫރިމަނާގެ ފައިސާ އަދާކުރުމަކީ ދައުވާލިބޭ ފަރާތުގެ މައްޗަށް ލާޒިމްކަމެއްކަމަށް ނިންމާފައިވާކަމަށް އިސްތިއުނާފު ރައްދުވާ ފަރާތުން ފާހަގަކުރެއެވެ.

35.އަދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ސީ.ޕީ.އެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވ. ވާރކްސް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގައި މާލީ އެކި މުޢާމަލާތްތަކާއި ގުޅިގެން ހެދޭ ކޮންޓްރެކްޓްތަކާއި އިންވޮއިސްތަކުގައި ޖަޒއާ ޝަރުތެއް ހިމެނުމަކީ އެ މުޢާމަލާތްތައް ކުރާ ފަރާތަށް ހުއްދަވެގެންވާ ކަމެއް ކަމާއި، އެފަދަ ޝަރުޠުތަކުގެ ތެރޭގައި މުޠުލަޤުގޮތެއްގައި މަނާކަމަށ ބެލެވެން ހަމައެކަނި އިސްލާމީ ޝަރީޢަތުގެ އަސްލަކާއި ޚިލާފުކަމެއް ޝަރުޢީ ދަލީލަކުން ސާބިތުވާ ޝަރުތުތައް ކަމަށް ކަނޑައަޅާފައިވާކަމާއި އިސްތިއުނާފުކޮށްފައިވާ މި މައްސަލައިގައި ޖޫރިމަނާގެ ފައިސާ ދެއްކުމަށް ހެކީންގެ ކުރިމަތީގައި އެއްބަސްވެ އެއަށް އިންކާރުކުރުމެއްނެތި އެއްވެސް ސުވާލެއް އުފައްދާފައިނުވުމަކީ ޖޫރިމަނާ ފައިސާއށަ ދެފަރާތު ން އެއްބަސްވާކަމުގެ ދަލީލެއްކަމުގައ އިސްތިއުނާފުރައްދުވި ފަރާތުން ބުނެއެވެ.

އިސްތިއުނާފީ ފަސްވަނަ ނުކުތާއާ ގުޅޭ

36.އިސްތިއުނާފުރައްދުވާ ފަރާތުން ގެއްލުން ކުޑަ ކުރުމަށް މަސައްކަތް ކޮށްފައި ނުވާކަމަށް ބުނާ ބުނުމާއި ގުޅިގެން ފާހަގަކޮށްފައިވަނީ ދައުވާކުރުމުގެ ކުރިއަށް ފޯނުން ގުޅައި މަސައްކަތުގެ އަގު އަދާކުރުމަށް އެދިފައިވާނެކަމާއި، އިންވޮއިސް ފޮނުވިފައިވާނެކަމާއ އަދި ހެކިންގެ ހާޒިރުގައި 3 ދުވަސް ތެރޭގައި ފައިސާ އަދާކުރާނަމަ ލުޔެ އ ދޭނެކަމަށް ބުނެފައިވާނެކަމާއި ޝަރީޢަތަށް މައްސަލަ ހުށަހެޅުމުގެ ކުރިން ސިޓީއެއް ވެސް އެފަރާތަށް ފޮނުވާފައިވުމަކ ގެއްލުނީ ކުޑަކުރުމަށް އިސްތިއުނާފު ރައްދުވާ ފަރާތނު އަޅާފައިވާ ފިޔަވަޅުތަކެއްކަނ ޝަރީޢަތަށް އެނގިގެންދާނެކަމެވެ.

އިސްތިއުނާފު ރައްދުވާ ފަރާތުން އެދޭގޮތް

33އިސްތިއުނާފުރައްދުވާ ފަރާތުން އެދިފައިވަނީ ސިވިލް ކޯޓުން ކޮށްފައިވާ ޙުކުމް ދަމަހައްޓައި ހުކުމަށް ބަދަލެއް ގެންނާނެތަނެއް ނެތް ކަމަށް ކަނޑައަޅައި ދިނުމަށެވެ.

ޝަރީޢަތަށް ފާހަގަކުރެވޭ ކަންތައްތައް

38.އިންސާފުން ޝަރީޢަތްކުރެވުމުގެ ޙައްޤު ކޮންމެ މީހަކަށްމެ ލިބިގެންވާކަން އެނގެއެވެ. އިންސާފުވެރި ޝަރީޢަތެއްގައި އިންސާފުވެރިކަން އޮންނަންޖެހޭނެކަން އެނގެއެވެ. ދަޢުވާލިބޭ މީހާގެ ނިސްބަތުން ބަލާއިރު، އިންސާފުވެރިކަން ފެށެނީ، ދަޢުވާ ހުށަހެޅުނުކަން އޭނާއަށް އަންގައި ދަޢުވާއާ ގުޅިގެން ކޯޓަށް ޙާޟިރުވުމުގެ އަމުރު ފޮނުވާ ހިސާބުންކަން އެނގެއެވެ. ކޯޓަށް ޙާޟިރުވުމުގެ އަމުރު، ޤާނޫނާއި ޤަވާއިދާ އެއްގޮތަށް، ރައްދުކުރުމަކާ ނުލާ ޚަޞްމުންނަށް ޝަރީޢަތުގައި ބައިވެރިވުމުގެ ފުރުސަތު ދެވިފައިވާކަމަށް ނުބެލެވޭނެކަން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 13 ވަނަ މާއްދާގެ (ހ) އެނގެއެވެ.ޝަރީޢަތުގައި ބައިވެރިވުމުގެ ފުރުސަތު ދިނުމެއްނެތި އިންސާފު ނުދެވޭނެކަން އެނގެއެވެ. އަހުރެންގެ ކުރިމަތީގައި އޮތ މި އިސްތިއުނާފު ބިނާވެފައިވަނީ އެ އަސާސީ އުޞޫލުގެ މައްޗަށްކަން އެނގެއެވެ.

33. އަންވަރު އިބްރާހީމްއަށް އަޙްމަދު ނަޝީދުގެ ފަރާތުން ފޯރުކޮށްދިން ޚިދުމަތަށް އަންވަރު އިބްރާހީމް ފައިސާ ދައްކާފައިނުވާކަމަށް ބުނެ އަޙްމަދު ނަޝީދު ދަޢުވާއުފު ލިއެވެ. އެ އުފުލި ދަޢުވާއާ ގުޅިގެން ދަށުކޯޓުން ޝަރީޢަތް ހިންގިއެވެ. އެ ޝަރީޢަތް ހިން ގާފައި އޮތީ އަންވަރު އިބްރާހީމްގެ ޣައިރު ޙާޟިރުގައެވެ. ޙުކުމްކުރިއެވެ. އެ ޙުކުމް ކޮށްފައި އޮތީވެސް އަންވަރު އިބްރާހީމްގެ ޣައިރު ޙާޟިރުގައެވެ. އެ ޙުކުމް އޮތީ އަޙްމަދު ނަޝީދުއާ އެއްކޮޅަށެވެ.

22.ދަށުކޯޓުން ޤާނޫން ޤަވާއިދާ އެއްގޮތަށް އަންވަރު އިބްރާހީމަށް ކޯޓަށް ޙާޟިރުވުމުގެ އަމުރު ރައްދުކޮށްފައިނުވާކަމަށް ސުޕްރީމް ކޯޓުން މި އިސްތިއުނާފީ މައްސަލަ މި ކޯޓުން ބަލައިގަނެ ކުރިއަށް ގެންދިއުމަށް ނިންމި ނިންމުމުގައި ބަޔާންކޮށްފައިވެއެވެ. އެގޮތުން، އަންވަރު އިބްރާހީމަށް ފޮނުވި ކޯޓަށް ޙާޟިރުވުމުގެ އަމުރު ފޮނުވާފައިވަނީ ގޯސް އެޑްރެހަކަށްކަނ ސުޕްރީމް ކޯޓުން ފާހަގަކުރެއެވެ. އެ އަމުރާ ޙަވާލުވީ ކާކުކަން އެނގެން ނެތްކަން ސުޕްރީމް ކޯޓުން ފާހަގަކުރެއެވެ. އެ އަމުރާ ޙަވާލުވި ފަރާތުގެ ނަމެއް އެ އަމުރުގައި ނެތްކަން ސުޕްރީމް ކޯޓުން ފާހަގަކުރެ އެ ވެ. އެ އަމުރުގައި އޮތީ ހަވާލުވީ ފަރާތުގެ ސޮއި އެކަނިކަން ސުޕްރީމް ކޯޓުން ފާހަގަކުރެއެވެ. އަދި ކޯޓަށް މީހުން ޙާޟިރުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާޢިދާ އެއްގޮތަށް ރޭޑިއޯ ޓީވީ މެދުވެރިކޮށް އަންވަރު އިބްރާހީމް ހޯދުމަށް އިޢުލާނުވެސ ކޮށްފައް ނެތްކަން ސުޕްރީމް ކޯޓުން ފާހަގަކުރެއެވެ.

23.ކަންއެހެން އޮތުމުން، މި ޙާލަތުގައި، އަންވަރު އިބްރާހީމް އޭނާގެ އަމިއްލަ އިޚްތިޔާރުގައި ކޯޓަށް ޙާޟިރުވެފައިނުވަނީ ކަމުގައި ބެލެވިދާނެކަމަކަށ އަހުރެންނަކަށް ބުރައެއްނުވެއެވެ. އެއާ ޚިލާފަށް، އަންވަރު އިބްރާހީމަށް ކޯޓަށް ޙާޟިރުވެވިފައި ނުވަނީ އޭނާއާމެދު ދަށުކޯޓުން ޢަމަލުކޮށްފައިވާ ގޮތުންކަމަށް އަހުރެންނަށް ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ނަންބަރު 2022/SC-HCL/06 "އިސްތިއުނާފުކުރުމުގެ ހުއްދައާމެދު ހައިކޯޓުގެ ފަނޑިޔާރުންގެ ނިންމުން މުރާޖަޢާކޮށް ބުރަވެވެއެވެ. ކުރުކޮށް ބުނާނަމަ، އެއީކޯޓަށ މީހުން ޙާޟިރުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާޢިދާއެއްގޮތަށް ޢަމަލުކޮށްފައި ނުވާތީއެވެ. އެކަމުގެ ތަފުސީލު އަންނަނިވި ނުކުތާތަކުގައި ބަޔާންކޮށްފައި އެވަނީއެވެ. އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދުމުން ހައިކޯޓުން ނިންމިގޮތް

23.ސިވިލ ކޯޓުގް ނަންބަރު 3683/Cv-C/2019 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ހުއްދައަށް އެދި 24 ނޮވެންބަރު 9296 ގައި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅިއެވެ.

22.ސިވިލ ކޯޓުގް ނަންބަރު 3683/Cv-C/2019 ޤަޟިއްޔާ، އެ ދަޢުވާގެ ދަޢުވާ ރައްދުވާ، އަންވަރު އިބްރާހީމްގެ ޣައިރު ހާޟިރުގައި ހިންގާފައިވަނީ، އޭނާގެ ފަރާތުން ކޯޓުގެ އަމުރާ ހަވާލުވެ އޭނާގެ ފަރާތުން ކޯޓަށް ޙާޟިރުވެފައިނުވާތީކަނ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން އެނގެން އޮންނާތީ ކޯޓުން މައްސަލަ ހިންގާފައިވަނީ ގަވާއިދާ އެއްގޮތަށް ކަމަށް ޤަބޫލުކުރެވޭތީ، އިސްތިއުނާފު ކުރުމުގެ ހުއްދަ ދޭންޖެހޭ ސަބަބެއް ނެތްކަމަށް އެ މައްސަލަ ބެލި ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ނިންމިއެވެ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނިންމުން

21.އިސްވެ ބަޔާންކުރެވުނު، ހައިކޯޓުގެ ނަންބަރު 44/IH/2021(NR)-HC "އިސްތިއުނާފ ކުރުމަށު އެދި ހުށަހެޅި މައްސަލައާމެދު ނިންމި ގޮތް" އަންވަރު އިބްރާހީމްގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގައި އިސްތިއުނާފުކޮށްފައިވެއެވެ. ދިވެހި ރާއްޖޭގެ ހައިކޯޓުގެ ނަންބަރު 44/IH/2021(NR)-HC "އިސްތިއުނާފ ކުރުމަށު އެދް ހުށަހެޅި މައްސަލައާމެދު ނިންމިގޮތް" (92 ނޮވެންބަރު )9296

25.މިޤަޟިއްޔާއަކީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2022/SC-HCL/06 "އިސްތިއުނާފުކުރުމުގެ ހުއްދައާމެދު ހައިކޯޓުގެ ފަނޑިޔާރުންގެ ނިންމުން މުރާޖަޢާކޮށް ނިމުނުގޮތް" ގައި، އަންވަރު އިބްރާހީމްގެ ފަރާތުން، ހައިކޯޓަށް މައްސަލަ އިސްތިއުނާފުކުރުމުގެ މުއްދަތު ހަމަވިފަހުން އިސްތިއުނާފަށް ހުށަހަޅާފައިވަނީ، އަމިއްލަ ބާރު ނުފޯރާފަދަ މަޤުބޫލު ސަބަބެއް މެދުވެރިވެގެން ކަމުގައިވާތީ، މިއީ އިސްތިއުނާފު ކުރުމުގެ ހުއްދަ ދޭންޖެހޭ މައްސަލައެއް ކަމަށް ކަނޑައަޅާފައިވާތީ، އެ ނިންމުމާ އެއްގޮތަށް އަންވަރު އިބްރާހީމްގެ ފަރާތުން ހުށަހެޅުމުން ބަލަމުންދާ މައްސަލައެކެވެ.

26.ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ނިންމުމުގައި ކަނޑައަޅާފައިވާ ކަންކަމަށް ބަލާއިރު ފާހަގަކުރެވެނީ،

31.6 ދަޢުވާ ފޯމުގައި އަންވަރު އިބްރާހީމްގެ އެޑްރެހުގެ ގޮތުގައި […] 3 ވަނަ ފަންގިފިލާ، 3 ވަނަ އެޕާޓްމަންޓް ލިޔެފައިވާއިރު، ސިވިލް ކޯޓުން ފޮނުވި އަމުރުގައި، […] 29 (ޖަވާހިރުމަގު 929) މިގޮތަށް ލިޔެފައި އޮތުމުން، މި ދެ އެޑްރެހުގައި ފަރަގެއް ހުރި ކަމުގައި ބަލަންޖެހޭކަން އަދި […] އަދި […] 29 އެވެ ކިޔާ ދެ ގޯތި ޖަވާހިރުމަގުގައި ނުހުންނަ ކަމަށް ބަލައި، އެއީ އެއް އެޑްރެހެއް ކަމުގަ އ ބަލި ޙާލަތުގައިވެސް، އަމުރު ރައްދުކުރަން ޖެހެނީ 3 ވަނަ ފަންގިފިލާއަށް ކަމުގައިވަނީ ނަމަ، ކޯޓު އަމުރު ރައްދުކުރަން މަސައްކަތް ކޮށްފައިވަނީ 9 ވަނަ ފަން ގިފިލާއަށ ކަމަށް ބަލަންޖެހޭކަން،

31.9 އަމުރުގައި، މިހާރު އުޅޭ އެޑްރެސް ޖަހާފައި އޮތް ދިމާލުގައި، "ދޮރު ނުހުޅު ވާ" މިހެން ޖަހާފައިވާކަމަށާއި، އަންވަރު އިބްރާހީމްގެ ނަމާއި ދިމާއަށް ދެ މޮބައިލް ނަންބަރު ޖަހާފައިވާއިރު، މިއިން އެއް ނަންބަރުގެ ތިރީގައި އަތު ލިޔުމުން "ނުނަގާ" އަދި އަނެއް ނަންބަރުގެ އަރިމަތީގައި އަތު ލިޔުމުން "ނުގުޅޭ" ޖަހާފައިވާތީ އަމުރު ރައްދުވި ކަމާމެދު ސުވާލު އުފެދޭކަން،

31.3 "ކޯޓަށް މީހުން ޙާޟިރުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ގަވާއިދު" ގެ 62 ވަނަ މާއްދާގައިވާ ފަދައިން އަންވަރު އިބްރާހީމްއަށް އަމުރު ރއްދުވެފައިވާކަމަ ށ ބ ލިގެނ ނުވާނެކަމަށް ކަނޑައަޅާފައިވާކަން،

31.4 ކޯޓަށް ހާޟިރުވުމުގެ އަމުރު ރައްދުކޮށް، މަޤުބޫލު އުޒުރެއްނެތި އަމުރުގައިވާ ތާރީޚާއި ގަޑިއަށް ހާޟިރު ނުވެއްޖެނަމަ، ޣައިރު ޙާޟިރުގައި މައްސަލަ ހިންގުމުގެ ކުރިން ޣައިރު ހާޟިރުގައި މައްސަލަ ހިންގޭނެކަން އެނގޭނެ ގޮތަށް ޙާޟިރުކުރަންޖެހޭ މީހާ ހޯދުމަށް ރޭޑިއޯއިން ނުވަތަ ޓީވީން ނުވަތަ އެނޫންވެސް ޚަބަރު ފަތުރާ ވަޞީލަތަކުނ އިޢުލާން ކުރަންޖެހޭއިރު، މިފަދައިން ޢަމަލުކޮށްފައިވާކަން އެނގެން ނެތުން،

31.2 ސިވިލް ކޯޓުން މައްސަލަ ހިންގާފައިވަނީ "ކޯޓަށް މީހުން ޙާޟިރުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ގަވާއިދު" އާ އެއްގޮތަށް ކަމަށް ހައިކޯޓުން ނިންމާފައިވަނީ ރަނގަޅަށް ނޫންކަން،

31.1 މި މައްސަލައިގައި ކަންހިނގާފައިވާގޮތަށް ބަލާއިރު "ކޯޓަށް މީހުން ހާޟިރުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ގަވާއިދު" ގެ 62 ވަނަ މާއްދާގައިވާ ފަދައިން އަންވަރު އިބްރާހީމްއަށް އަމުރު ރައްދުވެފައިނު ވާއިރު، އަންވަރު އިބްރާހީމްގެ ޣައިރު ހާޟިރުގައި މައްސަލަ ހިންގާ ނިންމާފައިވަނީ އެ ފަރާތަށް ޤާނޫނީ ގޮތުން ލިބިދީފައިވާ ދަޢުވާއިން ދިފާޢުވުމުގެ ޙައްޤަށް ހުރަސްއެޅޭ ގޮތަށް ކަމުގައިވާތީއާއި، މިއީ ޚަސްމެއްގެ ޙައްޤެއް ގެއްލޭ ޖައުހަރީ ސަބަބެއް ކަމުގައިވާތީ، އަދި ޣައިރު ހާޟިރުގައި މައްސަލަ ކުރިއަށް ގެންގޮސްފައިވާ ގޮތުން އިސްތިއުނާފު ކުރާ ފަރާތށަ ދަށް ކޯޓުން މައްސަލަ ނިންމިކަން ޤާނޫނީ ގޮތުން އެނގިފައިނުވުމުގެ އިޙްތިމާލް އޮތަތީ، މި މައްސަލައަކީ ހައިކޯޓުގެ ގަވާއިދުގެ 92 ވަނަ މާއްދާގެ ދަށުން ހުއްދަ ދޭންޖެހޭ މައްސަލައެއްކަމުގައި ދެކޭކަން.

މިކޯޓުގެ ކުރިމަތީގައި އޮތު އަސާސީ ސުވާލު

23. މި އިސްތިއުނާފު މި ކޯޓުން ބަލައިގަނެ ކުރިއަށް ގެންދިއުމަށް ސުޕްރީމް ކޯޓުން ނިންމި ނިންމުމަށް ބަލާއިރު، އަންވަރު އިބްރާހީމްގެ ޣައިރު ޙާޟިރުގައި ޝަރީޢަތް ހިންގައި ޙުކުމްކުރި ކުރުމުގައި ދަށުކޯޓުގެ ފަނޑިޔާރަށް ގޯސްތަކެއް ހެދިފައިވާކަނ އެނގެން އޮތްކަން ސުޕްރީމްކޯޓުން ސާފުކޮށް ބަޔާންކޮށްފައިވާކަން އަހުރެންނަށް ފާހަގަކުރެވެއެވެ.

28. އެގޮތުން، އަންވަރު އިބްރާހީމްއާމެދު ދަށުކޯޓުން އަމަލުކޮށްފައިވަނީ ކޯޓަށް މީހުން ޙާޟިރުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ގަވާއިދާ ޚިލާފަށްކަން ސުޕްރީމް ކޯޓުން ސާފުކޮށް ބަޔާންކޮށްފައިވާކަން އަހުރެންނަށް ފާހަގަކުރެވެއެވެ.

23.ކޯޓަށް މީހުން ޙާޟިރުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ގަވާއިދާ ޚިލާފަށް ދަށުކޯޓުން ކުރި އަމަލަކީ ފާޅުކަން ބޮޑު އައިބެއްކަމުގައި އަހުރެންނަށް ފާހަގަކުރެ ވެއެވެ. އެ ފާޅުކަން ބޮޑު އައިބު ގެ ނަތީޖާއަކީ، މުޅި ޝަރީޢަތް ކިލަނބުވުމެވެ. އެ ފާޅުކަން ބޮޑު އައިބުގެ ނަތީޖާއަކީ، މުޅި ޝަރީޢަތް ތަޣައްޔަރުވު މެވެ. އެ ފާޅުކަން ބޮޑު އައިބުގެ ނަތީޖާއަކީ، ޠަބީޢީ އިންސާފުގެ އުޞޫލުތަކަށް ހުރަސްއެ ޅުމެވެ. އެ ފާޅުކަން ބޮޑު އައިބުގެ ނަތީޖާއަކީ، ވަކިން ޚާއްޞަކޮށް، އިންސާފުން ޝަރީޢަތްކުރެވުމުގެ ދުސްތޫރީ ޙައްޤު ގެއްލި ބީވެ ގެން ދިއުމެވެ.

12.މި ޙާލަތުގައި، މި ކޯޓުގެ ކުރިމަތީގައި އޮތް އެންމެ އަސާސީ ސުވާލަކީ، ދަށު ކޯޓުގެ ޙުކުމްގެ ޞައްޙަކަމާމެދު އޮތް ސުވާލުކަމުގައި އަހުރެންނަށް ފާހަގަކުރެވެ.

މި ކޯޓުގެ ކުރިމަތީގައި އޮތް އަސާސީ ސުވާލުގެ ޖަވާބު

13.ދަށުކޯޓުގައި ކުރިއަށް ދިޔަ ޝަރީޢަތުގައި، ޝަރީޢަތުގެ މައިގަނޑު އަސާސްތައް ނެގެހެއްޓި، ދެމެހެއްޓިފައި ނެތްހިނދު، ދަށު ކޯޓުން ނިންމާފައިވާ އެ ނިންމުމަކީ، ހެޔޮ ރަނގަޅު ޞައްޙަ ނިންމުމެއްކަމުގައި ބަހުސްކުރުމުގެ ޖާގައެއް އޮތްކަމަކަށް އެހުރެންނަކަށް ނުފެނެއެވެ. ސަބަބަކީ، މި މައްސަލައިގައި އޮތްކަމަށް ފާހަކުރެވިފައިވާ އައިބަކީ، ޝަރީޢަތުގެ ވަރަށް އަސާސީ ކަމެއްގެ މައްޗަށް އޮތް އައިބެއްކަމުގައިވާތީއެވެ. ސަބަބަކީ، އެ އައިބަކީ، ކޯޓަށް ޙާޟިރުވުމުގެ އަމުރު ރައްދުކުރުމުގައި ދަށުކޯޓަށް ހެދިފައި އޮތް ގޯހެއްކަމަގައިވާތީއެވެ. ސަބަބަކީ، އޭގެ ސަބަބުން، ދިފާޢުވުމުގެ ޙައްޤަށް ހުރަސްއެޅި އަދި އިންސާފުވެރި ޝަރީޢަތަކަށް ހުރަސްއެޅިފައިވާތީއެވެ.

13.ކަން މިހެން އޮތްއިރު، ކޯޓަށް ޙާޟިރުވާންޖެހޭކަނ ޤާނޫން އެއްގޮތަށް އެންގުމެއްނެތި، އެއްވެސް ޚަޞްމކަ ދެކޮޅަށް ކޯޓުން ޙުކުމެއް ކުރެވިދާނެކަމަކަށް އަހުރެންނަކަށް ނުބެލެވެއެވެ. ކޯޓަށް ޙާޟިރުވާންޖެހޭކަން ޤާނޫނާ އެއްގޮތަށް އެންގުމެއްނެތި ކުރެވޭ ޙުކުމަކީ، ދިފާޢުވުމުގެ ފުރުސަތު ދެވިގެންކުރެވިފައިވާ ޙުކުމެއް ކަމުގައި ބެލިދާނެ އެއްވެސް ހަމައެއް އޮތްކަމަކަށް އަހުރެންނަކަށް ނުބެލެވެއެވެ . ކޯޓަށް ޙާޟިރުވާންޖެހޭކަން ޤާނޫނާ އެއްގޮތަށް އެންގުމެއްނެތި ކުރެވޭ ޙުކުމަކީ، ޝަރީޢަތެއް ކޮށްގެން ކުރެވޭ ޙުކުމެއްކަމުގައި ސިފަކު ރެވިދާނެކަމަކަށްވެސ އަހުރެންނަކަށް ނުބެލެވެއެވެ. އަދި އެފަދައިން ކުރެވޭ ޙުކުމަކީ އިންސާފެއްނޫނެވެ. އެއީ ބޭއިންސާފެވެ.

12.އަހުރެންނަށް ފާހަގަކުރެވޭ ގޮތުގައި، ދަޢުވާއިން ދިފާޢުވުމަށް ފުރުސަތެއް ނުދެވި، ޝަރީޢަތް ހިންގުމުގައި ކަނޑައެޅިފައިވާ އަސާސީ އިޖުރާއަތްތކަ ޚިލާފަށް، އިއްވޭ ޙުކުމަކީ، އެ ޙުކުމްގެ ޞައްޙަކަން ދެމެހެއްޓިދާނެ ޙުކުމެއްނޫނެވެ.

11.މައްސަލައަކީ ގުޅިގެނާ ކޯޓަށް ޙާޟިރުވުމަށް އެނގޭ އެންގުމަކީ، ހަމައެކަނި ޝަކްލިއްޔާތެއް ފުރިހަމަކޮށްލުމަށް ކުރެވޭ ކަމެއްކަމުގައި އަހުރެން ނުދެކެމެވެ. އަހުރެން ދެކެނީ، އެއީ އިންސާފަށް ވާސިލުވުމަށް ހުޅުވާލެވޭ ދޮރއޯޓެއް ކަމުގައެވެ. އަހުރެން ދެކެނީ، އެ ދރޯށޮ ބަންދުވެއްޖެނަމަ، ޝަރީޢަތް ފެށުމުގެވެސް ކުރިން އިންސާފަށް ހުރަސް އެޅިފައިވާކަމަށެވެ. އަހުރެން ދެކެނީ، މި މައްސަލައިގައި ކަންވެފައި އޮތީ އެފަދައިންކަމަށެވެ.

15.އެހެންކަމުން، ދަށު ކޯޓުގެ ޙުކުމަކީ، ބާޠިލު ޙުކުމެއްކަމުގައި އަހުރެންނަށް ފާހަގަކުރެވެއެވެ.

ނިންމަން ފެންނަގޮތް

16. ސިވިލް ކޯޓުގެ ނަންބަރު 3683/Cv-C/2019 ޤަޟިއްޔާ، އަންވަރު އިބްރާހީމްގެ ޣައިރު ހާޟިރުގައި ހިންގާ ނިންމާފައިވަނީ، ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށް ފެންނާތީ އެ ޤަޟިއްޔާގެ ޙުކުމް ބާޠިލްކުރަން ފެނެއެވެ. އަންވަރު އިބްރާހީމަށް ކޯޓަށް ޙާޟިރުވުމުގެ ފުރުސަތު، ޤާނޫނާ އެއްގޮތަށް ދީގެން މި މައްސަލަ، ސިވިލްކޯޓުނ އަލުން ބަލުމަށްޓކަ އ ތަޙްވީލުކުރަން ފެނެއެވެ. މި މައްސަލައިގައި އަލުން ޝް ރީޢަތ ހިންގުމަށް މި ދެވޭ ފުރުސަތަކީ ޢަދުލުއިންސާފު ޤާއިމްކުރުމަށް ދެވޭ ދެވަނަ ފުރުސަތެއްނޫނެވެ. އަލުން ޝަރީޢަތް ހިންގުމަށް މި ދެވޭ ފުރުސަތަކީ، އެންމެ ފުރަތަމަވެސް އޮތް، އެހެނަސް ދެވިފައިނެތް ފުރުސަތެއްގެ ބަދަލުގައި ދެވޭ ފުރުސަތެކެވެ.

ފަނޑިޔާރު ޙުސައިނެ މަޒުދުގ ރައުޔު

13.އަހުރެނ ފަނޑިޔާރް ޙަސަނު ޝަފީޢުގެ ރަޢުޔަށް ތާއީދުކުރަމެވެ.

ފަނޑިޔާރު ޢަބްދުލްމާނިޢު ޙުސައިނގް ރައުޔު

18.އަހުރެނ ފަނޑިޔާރް ޙަސަނު ޝަފީޢުގެ ރަޢުޔަށް ތާއީދުކުރަމެވެ.

އިސްތިއުނާފުކުރުމުގެ އިޖުރާއަތު ބަޔާންކޮށްދިނުން

13.މި ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ ޙައްޤު މި މައްސަލައިގެ ޚަސްމުންނަށް ލިބިގެންވެއެވެ. އެގޮތުން، އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ މުއްދަތަކީ ދިވެހިރާއްޖޭގެ ހައިކޯޓުން މި ޤަޟިއްޔާ ނިންމާ ތާރީޚުން ފެށިގެން 32 (ތިރީސް) ދުވަހެވެ. އަދި އެ މުއްދަތުގެ ތެރޭގައި ރިޕޯޓު ޚަޞްމުންނަށް ޙަވާލުކޮށްފައިނުވާނަމަ، އިސްތިއުނާފުކުރުމުގެ މުއްދަތު ގުނަން ފަށާނެ ތާރީޚަކީ އެ ރިޕޯޓު ޚަޞްމުންނާ ޙަވާލުކުރާ ތާރީޚެވެ. އެހެންނަމަވެސް ޚުލާޞާ ރިޕޯޓަށް ބިނާކޮށްވެސް އިސްތިއުނާފަށް ހުށަހެޅިދާނެއެވެ. ޤާނޫނު ނަންބަރު 9296/39 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 924 ވަނަ މާއްދާގެ (ހ) ޤާނޫނު ނަންބަރު 9296/39 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 924 ވަނަ މާއްދާގެ (ށ) ޤާނޫނު ނަންބަރު 9296/39 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 924 ވަނަ މާއްދާގެ (ނ)

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

  • ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ) އާއި (ށ)
  • ކޯޓަށް މީހުން ޙާޟިރުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާޢިދު (މާއްދާ ނަންބަރު ލިޔުމުގައި ސާފެއް ނޫން)
  • ސުޕްރީމް ކޯޓު: 2022/SC-HCL/06 (އިސްތިއުނާފުކުރުމުގެ ހުއްދައާމެދު ހައިކޯޓުގެ ނިންމުން މުރާޖަޢާކޮށް ނިމުނުގޮތް)
  • ހައިކޯޓު: IH/2021/44(NR)-HC (އިސްތިއުނާފުކުރުމަށް އެދި ހުށަހެޅި މައްސަލައާމެދު ނިންމިގޮތް)

ޝަރީޢަތުގެ ވީޑިއޯ

ހައިކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޝެއަރ ކުރައްވާ