ހޮނާސް ކްލަބް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވ. ޓެރަފާމާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- ސިވިލް ކޯޓު 3004/Cv-C/2017
- ފަހުގެ ތާރީޚު
- ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް
ކޯ ޓާމްސް
ޚުލާޞާ
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ސުޕްރީމް ކޯޓުގެ 2021/SC-A/109 ޤަޟިއްޔާއިން ސިވިލް ކޯޓުގެ 3004/Cv-C/2017 އާއި ހައިކޯޓުގެ 2019/HC-A/322 ޙުކުމްތައް ބާޠިލުކޮށް، ސިވިލް ކޯޓަށް ފޮނުވުމަށްޓަކައި ހައިކޯޓަށް ތަޙުވީލުކުރި މައްސަލައިގައި ހައިކޯޓުން ޢަމަލުކުރަންޖެހޭ ގޮތް.
ނިންމުން
ދަށުކޯޓުގެ ނިންމުން ބާޠިލުއަލުން ބެލުމަށް ސިވިލް ކޯޓަށް ތަޙުވީލުކުރި
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 ސުޕްރީމް ކޯޓުން ދަށު ކޯޓުތަކުގެ ޙުކުމްތައް ބާޠިލުކޮށް، މައްސަލަ އަލުން ބެލުމަށްޓަކައި ސިވިލް ކޯޓަށް ފޮނުވުމަށް ކޯޓުތަކުގެ ޤާނޫނުގެ 18 ވަނަ މާއްދާގެ (ށ) ގެ ދަށުން ހައިކޯޓަށް ތަޙުވީލުކުރާ މައްސަލައަކީ ހައިކޯޓުން ވަކިގޮތެއް ކަނޑައެޅުމަށް ތަޙުވީލުކުރާ މައްސަލައެއް ނޫނެވެ. އެފަދަ މައްސަލައެއް ހައިކޯޓުން ނިންމާނީ ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ އުޞޫލުތަކާ އެއްގޮތަށް އަލުން ބެލުމަށް ސިވިލް ކޯޓަށް ތަޙުވީލުކޮށްގެންނެވެ.
HN2 ކޯޓަށް ޙާޟިރުވުމުގެ އަމުރު ރައްދުވި ޚަޞްމަކު ސަބަބެއް ބަޔާންނުކޮށް ޙާޟިރުނުވެއްޖެނަމަ، ހައިކޯޓުގެ ގަވާއިދު 2011 ގެ 48 ވަނަ މާއްދާގެ (ހ) ގެ (1) ގެ މަތިން، އެ ފަރާތުގެ ޣައިރު ޙާޟިރުގައި މައްސަލައިގެ ޙުކުމް ކުރެވިދާނެއެވެ.
ވަކީލުންނާއި ފަނޑިޔާރުން
- އިސްތިއުނާފުކުރި ފަރާތުގެ ވަކީލުން
- އެންޑް މުރާދު ލޯ އެސޯސިއޭޓްސް
- ބެންޗު
- ޙަސަން ޝަފީޢު، ފާޠިމަތު ފަރްހީޒާ، މުޙައްމަދު ޝަނީޒް ޢަބްދުﷲ
- ރިޔާސަތު
- —
- ރައުޔު ލިޔުނު ފަނޑިޔާރު
- —
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
ފަނޑިޔާރު ޙަސަން ޝަފީޢުގެ ރައުޔު
ތަޢާރުފު
1މިއީ، ސުޕްރީމް ކޯޓުގެ ނަންބަރު 2021/SC-A/109 ޤަޟިއްޔާގައި ސިވިލް ކޯޓުގެ ނަންބަރު 3004/Cv-C/2017 ޤަޟިއްޔާއިން ކޮށްފައިވާ ޙުކުމާއި އިސްތިއުނާފު ކުރެވުނު ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/322 ޤަޟިއްޔާއިން ކޮށްފައިވާ ޙުކުމަކީ ޤާނޫނީ އުޞޫލތަކ ޚިލާފަށާ ކޮށްފައިވު ޙުކުމެއް ކަމުގައި ކަނޑައަޅައި، އެ ދެ ޙުކުމް ބާޠިލްކުރުމާއެކު، ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 18 ވަނަ މާއްދާގެ (ށ) އާ ޙަވާލާދީ، އެ މައްސަލަ އަލުން ބެލުމަށްޓަކައި ސިވިލް ކޯޓަށް ފޮނުވުމަށްޓަކައި، ދިވެހިރާއްޖޭގެ ހައިކޯޓަށް އެ މައްސަލަ ތަޙު ވީލުކުރުމުން ދިވެހިރާއްޖޭގެ ހައިކޯޓުން ބަލާފައިވާ ޤަޟިއްޔާއެކެވެ. މައްސަލައާއި ގުޅިގެން ޚަސްމުން ފާހަގަކުރި ކަންތައްތައް:
2މިމައްސަލައާއި ގުޅިގެން މިކޯޓުގައި ބޭއްވުނު ޝަރީޢަތުގެ މަޖިލީހުގައި ދެފަރާތުން ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު، މި މައްސަލައާ ގުޅިގެން ހޮނާސް ކްލަބް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑގް ފަރާތުން ފާހަގަކުރާނެ އިތުރުކަމެއް ނެތްކަމަށް ބުނެފައިވެއެވެ.
ޝަރީޢަތަށް ފާހަގަކުރެވޭ ކަންކަން
3ސުޕްރީމް ކޯޓުގެ ނަންބަރު 2021/SC-A/109 ޤަޟިއްޔާއިން ސިވިލް ކޯޓުގެ ނަންބަރު 3004/Cv-C/2017 ޤަޟިއްޔއާއާ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/322 ޤަޟިއްޔާގެ ޙުކުމް ބާޠިލްކުރި ޙުކުމުގައި ކަނޑައަޅާފައިވަނީ: "ދެންފަހެ، އިސްވެ ބަޔާންދެވިޔަ ސަބަބުތައް އެހެންހުރުމުން، ސިވިލް ކޯޓުގެ ނަމްބަރު 3004/Cv-C/2017 ޤަޟިއްޔާގެ ނިންމުމާއި، ހައިކޯޓުގެ ނަމްބަރު 2019/HC-A/322 ޤަޟިއްޔާގެ ނިންމުން ނިންމާފައިވަނީ ޤާނޫނާއި ޤަވާޢިދާއި ޢަމަލުކުރަމުން އަންނަ އުޞޫލުތަކާއި ޚިލާފަށް ކަމަށްވާތީ އެ ދެ ނިންމުން ބާޠިލުކޮށް، މި މައްސަލަ އަލުން ބެލުމަށްޓަކައި ސިވިލް ކޯޓަށް ފޮނުވުމަށްޓަކައި، ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގ ކޯޓުތަކުގެ ޤާނޫނު) ގ 18 ވަނަ މާއްދާގެ
(ށ) އާ ޙަވާލާދީ، މި މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓަށް ތަޙުވީލު ކުރުމަށް، މިމައްސަލަ ސުޕްރީމްކޯޓުގައި ބެލި ފަނޑިޔާރުންގެ އިއްތިފާގުން ޙުކުމް ކޮށްފީމެވެ." މިފަދައިންނެވެ.
4HN1އިސްވެ ބަޔާންކުރެވުނު ކަންކަމަށް ރިޢާޔަތްކުރުމުން، މި މައްސަލައަކީ މި ކޯޓުން ވަކިގޮތެއް ކަނޑައެޅުމަށް ތަޙުވީލު ކުރި މައްސަލައެއު ނޫންކަމާއި، މިއީ ސިވިލް ކޯޓަށް ތަޙުވީލުކުރުމަށްޓަކައި މި ކޯޓަށް ތަޙުވީލުކުރެވުނު މައްސަލައެއްކަން އެނގެން އޮތުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2021/SC-A/109 ޤަޟިއްޔާގައި އެ ކޯޓުން ކަނޑައަޅާފައިވާ އުޞޫލުތަކާއި އެއްގޮތަށް މި މައްސަލަ އަލުން ބެލުމަށްޓަކައި ސިވިލް ކޯޓަށް ތަޙުވީލްކޮށް މި މައްސަލަ ނިންމަން ފެނެއެވެ.
5HN2މި ޤަޟިއްޔާގެ ޝަރީޢަތް ހިންގުމަށްޓަކައި ތާވަލް ކުރެވުނު މަޖިލީހަށް ޙާޟިރުވުމަށް މިމައްސަލައިގައި އިސްތިއުނާފް ރައްދުވާ ޓެރަފާމާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ކޯޓަށް ޙާޟިރުވުމަށް އައްޔަންކޮށްފައިވާ ފަރާތް ކަމުގައިވާ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޢަދުނާން ޢަލީއަށް ކޯޓަށް ޙާޟިރުވުމުގެ އަމުރު ރައްދުވެ، އެޗިޓުގައިވާ ގަޑިއަށް، އެއްވެސް ސަބަބެއް ބަޔާންނުކޮށް، ކޯޓަށް ޙާޟިރުވެފައިނުވާތީ، މައްސަލައިގެ ޙުކުމްކުރެވިފައިވަނީ ހައިކޯޓުގެ ގަވާއިދު 2011 ގެ 48 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައިވާ ގޮތު ގެ މަތިން، އެފަރާތުގެ ޣައިރު ޙާޟިރުގައެވެ. 20241l1c-A-o2l]l . t 2./ t/.r.1? z-t,a.r r 41/ '.2 t,,2 tr) t,4 2.rv .2'ev , ni.X.X* i 2021ISC-A/109 1004Cv-C 20t7 j,ii :i9 j:- 'i'6:3); . ?'3.,?. Y''/ t tE2i et,44 I'e e i.,, 2vz. ,2- ,r.2 J ', cr.1,"&- ? 2t?) |?,-,,.,'I ;t6411 ..e, $rsor' -,1 ,;:iri. ';i 'ti-' zi'f if't :iij'i" gov mv :E1L3i info@highcott:. gov mv Jn3' www.highcout
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 18 ވަނަ މާއްދާގެ (ށ)
- ހައިކޯޓުގެ ގަވާއިދު 2011 ގެ 48 ވަނަ މާއްދާގެ (ހ) ގެ (1)
- ސުޕްރީމް ކޯޓުގެ 2021/SC-A/109
- ހައިކޯޓުގެ 2019/HC-A/322
ޝަރީޢަތުގެ ވީޑިއޯ
ހައިކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.