ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
2019/HC-A/322

އޮނަރސް ކްލަބު މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވ. ޓެރަފާމާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް

އިސްތިއުނާފު ހައިކޯޓުގައި ކުރިއަށް ނުގެންދެވޭނެ ކަމަށް ނިންމި…
ސުޕްރީމް ކޯޓުން ބާޠިލުކޮށްފައިޙުކުމުގެ ހާލަތު
ހައިކޯޓު · 30 ޖޫން 2021ދަށު ކޯޓު: ސިވިލް ކޯޓު 3004/Cv-C/2017ބާވަތް: މަދަނީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
ސިވިލް ކޯޓު 3004/Cv-C/2017
ފަހުގެ ތާރީޚު
ސުޕްރީމް ކޯޓު: 2021/SC-A/109 — ހައިކޯޓުގެ ޙުކުމް ބާޠިލުކޮށްފައި

ކޯ ޓާމްސް

ޚުލާޞާ

ކޯޓުން ނިންމަން ޖެހުނު ސުވާލު
މުއްދަތު ފާއިތުވުމަށްފަހު އިސްތިއުނާފުކުރުމަށް ހައިކޯޓުން ހުއްދަ ދިނުމަށްފަހު، 64 ބަންދު ނޫން ދުވަސް ފަހުން ހުށަހެޅި އިސްތިއުނާފު ފޯމު ބަލައިގަނެ މައްސަލަ ކުރިއަށް ގެންދެވޭނެތޯ.

ނިންމުން

އިސްތިއުނާފު ހައިކޯޓުގައި ކުރިއަށް ނުގެންދެވޭނެ ކަމަށް ނިންމި…

އިސްތިއުނާފު ހައިކޯޓުގައި ކުރިއަށް ނުގެންދެވޭނެ ކަމަށް ނިންމި (އިސްތިއުނާފު ފޯމު މުއްދަތު ފާއިތުވުމަށްފަހު ހުށަހެޅުނީތީ)

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 ފުރަތަމަ މަރުޙަލާގެ ކޯޓުތަކާއި ޓްރައިބިއުނަލްތަކުގެ ނިންމުންތައް ހައިކޯޓަށް އިސްތިއުނާފުކުރަން ސުޕްރީމް ކޯޓުގެ 2015/06/SC ސަރކިއުލަރުން ކަނޑައަޅާފައިވަނީ 10 ދުވަހުގެ މުއްދަތެއް ކަމަށާއި، 2015/05 ޢާއްމު ސިޓީގެ ދަށުން އެ މުއްދަތު ގުނަނީ ސަރުކާރު ބަންދު ދުވަސްތައް ނުހިމަނައި ކަމަށް.

މަދަނީ › މަސައްކަތާއި މުދަލާއި ޚިދުމަތުގެ އަގު ހޯދުމަށް އެދި

HN2 ކޯޓުތަކުގެ ޤާނޫނުގެ 42 ވަނަ މާއްދާގެ (ރ) އާއި (ބ) އާއި ހައިކޯޓުގެ ޤަވާޢިދުގެ 29 ވަނަ މާއްދާގެ (ނ) ގެ ދަށުން، އަމިއްލަ ބާރު ނުފޯރާފަދަ ކަމަކާހުރެ މުއްދަތުގައި ހުށަނޭޅުނު މައްސަލަ، ހުށަހަޅާ ސަބަބު ޤަބޫލުކުރެވޭނަމަ މުއްދަތު ފާއިތުވުމަށްފަހުވެސް ބަލައިގަތުމުގެ އިޚްތިޔާރު ހައިކޯޓަށް ލިބިގެންވާ ކަމަށާއި، މިފަދަ ހުއްދައަކީ ޙާލަތުއްޟަރޫރާ (doctrine of necessity) އަށް ރިޢާޔަތްކޮށް ދެވޭ ހުއްދައެއް ކަމަށް.

HN3 ޙާލަތުއްޟަރޫރާގެ ދަށުން ހުއްދަކުރެވޭ ކަންކަން ބޭނުންކުރުމުގައި ޙައްދުފަހަނައަޅައި ދިއުން ހުއްދަނުވާ ކަމަށާއި، ޟަރޫރަތުގެ ޙާލަތު ނެތިދިއުމުން އެ ހުއްދަ ދެމިނުހުންނާނެ ކަމަށް؛ އެހެންކަމުން އިސްތިއުނާފުކުރުމުގެ ހުއްދަ ދިން ދުވަހުން ފެށިގެން ޢާއްމު ޙާލަތަށް ބަދަލުވެ، 10 ދުވަހުގެ ތެރޭގައި އިސްތިއުނާފު ފޯމު ހުށަހަޅަން ޖެހޭ ކަމަށް.

HN4 އިސްތިއުނާފުކުރުމުގެ ޙައްޤަކީ މައުޟޫޢީ ގޮތުންނާއި އިޚްތިޞާޞްގެ ގޮތުންނާއި ވަގުތުގެ ގޮތުން ޤައިދުކުރެވިފައިވާ ޙައްޤެއް ކަމަށާއި، ވަގުތުގެ ގޮތުން އެ ޙައްޤު ޤައިދުކުރެވޭނީ ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގެ ޙުދޫދުގެ ތެރޭގައި ކަމަށް؛ އިސްތިއުނާފުގެ މުއްދަތު ކަނޑައަޅަނީ ޚުޞޫމާތްތައް ނިމި ޙައްޤުތަކަށް ޘާބިތުކަން ލިބުމާއި ދަށުކޯޓުގެ ކުށްތައް އިޞްލާޙުކުރުމުގެ ފުރުޞަތާ ދެމެދު ވަޒަންކޮށް ކަމަށް.

HN5 ހުއްދަ ލިބުމަށްފަހު ޙައްދެއް، އިމެއް، ވަގުތެއް ނެތި އިސްތިއުނާފު ނުވައްދައި ތިބުމުގެ ފުރުޞަތު ހުޅުވިއްޖެނަމަ، އެއީ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ) އިން ކަށަވަރުކޮށްދޭ އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި ޝަރީޢަތް ކުރެވުމުގެ ޙައްޤު ގެއްލި، ޝަރީޢަތުގެ ބޭނުން ނަހަމަގޮތުގައި ހިފުމަށް ހުޅުވާލެވޭ ދޮރެއް ކަމަށް.

HN6 ހުއްދަ ދިނުމަށްފަހު ބަންދު ދުވަސް ނުލައި 64 ދުވަސް ފާއިތުވުމުން ހުށަހެޅި އިސްތިއުނާފު ފޯމު ބަލައިގަނެފައިވަނީ 2015/06/SC ސަރކިއުލަރާ ޚިލާފަށްކަމުން، މައްސަލައަކީ ހައިކޯޓުގައި ކުރިއަށް ގެންދެވޭނެ މައްސަލައެއް ނޫން ކަމަށް.

ވަކީލުންނާއި ފަނޑިޔާރުން

ވަކީލުން
—
ބެންޗު
ޙުސައިން ޝަހީދު، މުޙައްމަދު ނިޔާޒް، މުޙައްމަދު ފައިޞަލް
ރިޔާސަތު
—
ރައުޔު ލިޔުނު ފަނޑިޔާރު
—
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

1ސިވިލް ކޯޓުގެ ނަންބަރު 3004/Cv-C/2017 ޤަޟިއްޔާ ހައިކޯޓުގައި ހިންގުމަށްޓަކައި ބޭއްވުނު ޝަރީޢަތުގެ މަޖިލީހުގައި އިސްތިއުނާފު ރައްދުވާ ޓެރަފާމާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑގް ފަރާތުން މި މައްސަލައި ސްތިއުނާފުކޮށްފައިވާ މުއްދަތާ ގުޅިގެން ނުކުތާއެއް ފާހަގަކޮށްފައިވެއެވެ. އެގޮތުން ޓެރަފާމާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން ފާހަގަކުރި ނުކުތާއަކީ، 02 މެއި 2018 ގައި ސިވިލް ކޯޓުން މި މައްސަލަ ނިންމާފައިވާކަމަށާއި، އިސްތިއުނާފުކުރުމަށް 10 ދުވަސް ލިބޭއިރު އެ މުއްދަތުގައި އިސްތިނާފުކޮށްފައި ނުވާކަމަށް ބުނެ ފާހަގަކޮށްފައިވާ ނުކުތާކަން އެނގެން އޮންނަކަމެވެ.

2HN1ފުރަތަމަ މަރުޙަލާގެ ކޯޓުތަކާއި ޓްރައިބިއުނަލްތަކުން ނިންމާ ނިންމުންތައް ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމަށް އޮންނަ މުއްދަތަށް ބަލާއިރު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރ 2015/06/SC ސަރކިއުލަރގައި ބަޔާންކޮ ށްފައިވާ ގޮތުން، ފުރަތަމަ މަރުޙަލާގެ ކޯޓުތަކާއި ޓްރައިބިއުނަލްތަކުން ނިންމާ ނިންމުންތައް ހައިކޯޓާއި ދިވެހިރާއްޖޭގެ ދެ ސަރަޙައްދެއްގައި ޤާއިމުކޮށްފައިވާ ހައިކޯޓުގެ ގޮފިތަކުގައި އިސްތިއުނާފުކުރުމަށް ކަނޑައަޅާފައިވަނީ 10 ދުވަހުގެ މުއްދަތެއްކަމާއި، އަދި 10 ދުވަހުގެ މުއްދަތު ގުނުމާ ގުޅޭގޮތުން، އެ ކޯޓުގެ ނަންބަރު 2015/05 ޢާއްމު ސިޓީގައިވާ ގޮތުން 10 ދުވަހުގެ މުއްދަތު ގުނާނީ ފުރަތަމަ މަރުޙަލާގެ ކޯޓުން މައްސަލަ ނިންމި ދުވަހާއި މުއްދަތު ހަމަވާ ދުވަހާއި އެ ދެމެދަށް އަންނަ ސަރުކާރު ބަންދު ދުވަސްތައް ނުހިމެނޭ ގޮތަށްކަމާއި، އިސްވެ އިޝާރާތްކުރި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރ 2015/06/SC ސަރކިއުލަރގެ ކުރިން، ފުރަތަމަ މަރު ޙަ ލާގެ ކޯޓުތަކާއި ޓްރައިބިއުނަލްތަކުން ނިންމާ ނިންމުންތައް ހައިކޯޓުގައި އިސްތިއުނާފު ކުރަމުންއައީ، ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 42 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރެވިފައިވާ ގޮތުގެ މަތިންކަމާއި، އިސްތިއުނާފުކުރެވިފައި މިވާ ސިވިލް ކޯޓުގެ ނަންބަރު 3004/Cv-C/2017 ޤަޟިއްޔާ، ދިވެހިރާއްޖޭގެ ހައިކޯޓުގައ އިސްތިއުނާފި ކުރެވުނުއިރު ޢަމަލުކުރެވެމުން އައީދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރ 2015/06/SC ސަރކިއުލަރގައިވާ ގޮތުގެ މަތިންކަން އެނގެން އޮންނަކަމެވެ.

3HN2ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2015/06/SC ސަރކިއުލަރގައި ބުނާ ގޮތުން ދަށު ކޯޓުން ނިންމާ މައްސަލައެއް އިސްތިއުނާފުކުރުމަށ އެދް ފޯމު އެންމެ ފުރަތަމަ ހުށަހަޅަން ޖެހޭނީ ދަށު ކޯޓަށް ކަން އެނގެއެވެ. އެހެންނަމަވެސް ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގ ކޯޓުތަކުގެ ޤާނޫނު) އށަ ބެލުމުން، އަމިއްލަ ބާރު ނުފޯރާފަދަ ކަމެއް މެދުވެރިވެގެން ކަނޑައެޅިފައިވާ މުއްދަތުގައި އިސްތިއުނާފަށް ހުށަނޭޅޭ މައްސަލަތައް، އެ މައްސަލައެއް އިސްތިއުނާފަށް ހުށަނޭޅުނުކަމަށް ބަޔާންކުރާ ސަބަބަކީ ހައިކޯޓަށް ޤަބޫލުކުރެވޭފަދަ ސަބަބެއް ކަމުގައިވާނަމަ، ކަނޑައެޅިފައިވާ މުއްދަތު ފާއިތުވުމަށްފަހުގައިވެސް، މައް ސަލަ ބަލައިގަތުމުގެ އިޚްތިޔާރު ހައިކޯޓަށް ލިބިގެންވާކަން އެނގެއެވެ. ސިވިލް ކޯޓުގެ ނަންބަރު 3004/Cv-C/2017 ޤަޟިއްޔާ 02 މެއި 2018 ގައި އެ ކޯޓުން ނިންމާފައިވީނަމަވެސް، އެ މައްސަލަ ސިވިލް ކޯޓުން ނިންމާފައިވަނީ ހޮނާސް ކްލަބް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑގް ޣައިރު ޙާޟިރުގައި ކަމަށް ވެފައި އަދި ސިވިލް ކޯޓުން މި މައްސަލަ ނިންމާފައިވާކަން އެ ކުންފުންޏަށް އެނގިފައިވަނީ ސިވިލް ކޯޓުގެ ނަންބަރު 8C/201-/Cv2882 ޤަޟިއްޔާ އިން ސާބިތު ދަރަނީގެ ގޮތުގައި މައްސަލަ ކުރިއަށް ދާކަމަށް ޗިޓު (ކޯޓަށް ޙާޟިރުވުމުގެ އަމުރު) ލިބުމާއި ގުޅިގެން ކަމަށް ބުނެ، 12 އޮގަސްޓް 2018 ގައި ދިވެހިރާއްޖޭގެ ހައިކޯޓަށް މައްސަލަ އިސްތިއުނާފު ކުރުމަށްޓަކައި ހުއްދައަކަ ށ އެދް ސިޓި ފޮނުވާފައިވާކަން އެނގެއެވެ. މައްސަލަ އިސްތިއުނާފުކުރުމަށް ހުއްދައެއް ދިވެހިރާއްޖޭގެ ހައިކޯޓުގައި އެދުމުން، ދިވެހިރާއްޖޭ ހައިކޯޓުގެ ނަންބަރު 6/9/201PRIVCR/-95 (MISL) (29 ޖަނަވަރީ 9201) ސިޓީން، ހައިކޯޓުގެ ޤަވާޢިދުގެ ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގ ކޯޓުތަކުގެ ޤާނޫނު )ގެ 42 ވަނަ މާއްދާގެ (ރ) އަދި (ބ). ސިޓީގައި:އިސްތިއުނާފަށް ހުށަހަޅަންޖެހޭ މުއްދަތުގައި ހުށަހެޅިފައިނުވާކަމަށ ބަޔާންކޮށްފައިވް ސަބަބަކާ މަޤުބޫލު ސަބަބެއްކަމަށް ފެންނާތީ 29 ވ ނ މާއްދާގަ (ނ) ގެ ދަށުން، ސިވިލް ކޯޓުގެ ނަންބަރު 3004/Cv-C/2017 ޤަޟިއްޔާ އިސްތިއުނާފުކުރުމުގެ ހުއްދަ ދީފައިވާކަން އެނގެން އޮންނަކަމެވެ.

4HN3ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގ ކޯޓުތަކުގެ ޤާނޫނު) ގެ 42 ވަނަ މާއްދާގެ (ބ) އާއި (ރ) އަދި ހައިކޯޓުގެ ޤަވާޢިދުގެ 29 ވަނަ މާއްދާގެ (ނ) އަށް ރިޢާޔަތް ކުރެވިގެން ހުއްދައަށް އެދި ހުށަހަޅާ މައްސަލަތަކަކީ އިސްތިއުނާފުކުރުމަށް ކަނޑައެޅިފައިވާ މުއްދަތު ހަމަވުމުން ސީދާ ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅައިގެން ދިމާވެފައިވާ ޙާލަތުއްޟަރޫރާ ނުވަތަ (necessity of doctrine) ޑޮކްޓްރިން އޮފް ނެސެސިޓީއަށ ރިޢާޔަތް ކުރިވެގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ހުއްދަ ދޭ މައްސަލަތަކެވެ. ނަމަވެސް އިސްވެ ބުނެވުނު ޙާލަތުއްޟަރޫރާގެ ދަށުން ހުއްދަކުރެވޭ ކަންކަން ބޭނުން ކުރުމުގައި ހައްދުފހަ ނައަޅައި ދިއުން ހުއްދަވެގެން ނުވެއެވެ. އަދި ޟަރޫރަތުގެ ޙާލަތު ނެތި ދިއުމަށްފަހު، އެޙާލަތުގައި ހުއްދަކުރި ކަންކަން ހުއްދަވެ، ދެމިއެއް ނޯންނާނެއެވެ.

5މާނައީ ދިވެހި ރާއްޖޭގެ ހައިކޯޓުން، ސިވިލް ކޯޓުގެ ނަންބަރު 3004/Cv-C/2017 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް ހުއްދަ ދިން ދުވަހުން ފެށިގެން ޟަރޫރަތުގެ ޙާލަތު ގެއްލި ޢާއްމު ޙާލަތަށް ބަދަލުވެގެން ދިއުންކަ މާއި، އެހެންކަމުން ދެން ބަލަނޖެހޭން 11 ފެބުރުއަރީ 2019 މި ތާރީޚުން ފެށިގެން 10 ދުވަހުގެ ތެރޭގައި މިމައްސަލައިގެ އިސްތިއުނާފ ފޯމް ދިވެހިރާއް ޖޭގެ ހައިކޯޓަށް ހުށަހަޅާފައިވޭތޯ ކަމާއި، ނަމަވެސް ބުނެވުނު ހުއްދައިގެ ދަށުން މައްސަލަ އިސްތިއުނާފު ކުރުމަށް ހޮނާސް ކްލަބް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އިސްތިއުނާފު ފޯމް ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅި ތާރީޚަކީ 16 މެއި 2019 ކަން އެނގެން އޮން ނަކަމާއި، ބަޔާންވެދިޔަ ތާރީޚުތަކަށް ބެލުމުން ދިވެހިރާއްޖޭ ހައިކޯޓުގެ ނަންބަރު މިމާއްދާގައި ބުނަނީ "މުއްދަތު ފާއިތުވުމަށް ފ ހުވެސް، އަމިއްލަ ބާރު ނުފޯރާފަދަ މަޤްބޫލު ސަބަބެއް ހުށަހަޅައިފިނަމަ އެކަމެއްގެ އިސްތިއުނާފު ޤަބޫލުކުރުމުގެ އިޚުތިޔާރު ހައިކޯޓުގެ ފަނޑިޔާރުނަށް ލިބިގެންވެއެވެ. "ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2015/06/SC ސަރކިއުލަރގައި ބަޔާންކޮށްފައިވާ ގޮތުން، ފުރަތަމަ މަރުޙަލާގެ ކޯޓުތަކާއި ޓްރައިބިއުނަލްތަކުން ނިންމާ ނިންމުންތައް އިސްތިއުނާފު ކުރުމަށް ހައިކޯޓާއި ދިވެހިރާއްޖޭގެ ދެ ސަރަޙައްދެއްގައި ޤާއިމުކޮށްފައިވާ ހައިކޯޓުގެ ގޮފިތަކުގައި ކަނޑައަޅާފައިވާ 10 ދުވަހުގެ މުއްދަތުގެ ޙާލަތު" 95-CR/PRIV/2019/6 (MISL) (29 ޖަނަވަރީ 2019) ސިޓީން، ސިވިލް ކޯޓުގެ ނަންބަރު 3004/Cv-C/2017 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް ހުއްދަދިން ދުވަހާއި ހޮނާސް ކްލަބް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން މައްސަލަ އިސްތިއުނާފު ކުރުމަށް ހުށަހެޅި ދުވަހާއި ދެމެދު ބަންދު ދުވަސްތައް ނުލައި 64 (ފަސްދޮޅަސް ހަތަރެއް) ދުވަސް ފާއިތުވެ ގޮސްފައި ވާކަމާއި، އަދި ބަންދު ދުވަސްތައް ހިމަނައިގެން ބަލާއިރު 93 (ނުވަދިހަ ތިނެއް) ދުވަސް ފާއިތުވެފައިވާކަން އެނގެއެވެ. މިހެންކަމުން، ސިވިލް ކޯޓުގެ ނަންބަރު 3004/Cv-C/2017 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ހައިކޯޓުން ހުއްދަ ދިން ތާރީޚާއި މައްސަލައިގެ ފޯމް ހޮނާސް ކްލަބް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހައިކޯޓަށް ހުށަހެޅް ތާރީޚާއި ދެމެދު އެކަށީގެންނުވާ ދިގު މުއްދަތުތަކެއް ހިނގާ ގޮސްފައިވާކަމަށް ޤަބޫލުކުރެވެއެވެ.

6HN4ކޮންމެ ޙައްޤެއްވެސް އިންތިޒާމުވެފައި އޮންނަންވާނީ ޤާނޫނުން ކަނޑަ އަޅާ ޙުދޫދެއްގެ ތެރޭގައިއެވެ. ކޯޓުތަކާއި ޓްރައިބިއުނަލްތަކުން ކުރާ ޙުކުމްތަކާއި ނެރޭ އަމުރުތައް އިސްތިއުނާފުކުރުމުގެ ޙައްޤަކީވެސް ދުނިޔޭގެ އެންމެހައި ޖުރިސްޑިކްޝަންތަކުގައި މައުޟޫޢީ ގޮތުންނާއި، އިޚްތިޞާޞްގެ ގޮތުންނާ އަދި ވަޤުތުގެ ގޮތުން ޤައިދުކުރެވިފައިވާ ޙައްޤކެ ވެ. މިގޮތުން، ވަޤުތުގެ ގޮތުން އެ ޙައްޤު ބޭނުންކުރެވޭނީ ދަށު މަރުޙަލާގެ ޙުކުމް އިއްވާ ދުވަހުން ފެށިގެން ވަކި މުއްދަތެއް ފާއިތުވުމާ ހަމައަށެ ވެ. ވަޤުތުގެ ގޮތުން އިސްތިއުނާފުކުރުމުގެ ޙައްޤު ދިވެހިރާއްޖޭގެ ޤާނޫނީ ނިޒާމުގައި ޤައިދުކުރެވޭނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޙުދޫދުގެ ތެރޭގައިކަން އެނގެން އޮންނަކަމެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ޤާނޫނެއް ނުވަތަ އެ ޤާނޫނެއްގެ ދަށުން ބާރުލިބިގެން ހެދޭ ގަވާއިދެއްގެ ދަށުން ނޫނީ މިއިން އެއްވެސް މައްސަލައެއް އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ މުއްދަތު ކަނޑައެޅުމުގައި ތަފާތު ދައުލަތްތަކުގެ ޤާނޫނުހަދާ ބާރުތަ ކުން ޢަމަލުކުރާ ގޮތަށް ބަލާއިރު ރިޢާޔަތްކުރަނީ ޙަޤީޤަތުގައި، ދެ ކަމެއްގެ މެދުގައި ވަޒަންކުރުންކަމވެ. އެގޮތުން؛

1. ފުރަތަމަ ކަމަކީ ލަސްވުމެއްނެތި އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި ކޯޓުތަކުގައި ބެލެވޭ ޚުޞޫމަތްތައް ނިމި މީސްތަކުންގެ ޙައްޤުތަކަށް ޘާބިތުކަމާއި އިސްތިޤުރާރުކަ ން ލިބުމުގެ ޟަރޫރަތްތެރިކަ މެވެ.

2. ދެވަނަ ކަމަކީ ޚަޞްމުންނަށް ފުރަތަމަ މަރުޙަލާގެ ކޯޓުގައި ހުށަހެޅުމުގެ ފުރުޞަތު ނުލިބި ފާއިތުވެފައި އޮވެދާނެ ދިފާޢީ ޙުއްޖަތްތައް ހުށަހެޅުމަށާއި، މައްސަލައިގެ ވަޤާއިޢުތައް (Facts) ތަކްޔީފުކުރުމުގައާއި، ޤާނޫނު މާނަކުރުމުގައާއި، ޤާނޫނު ތަޠްބީޤުކުރުމުގައި ހެދިފައި އޮވެދާނެ ކުށްތައް އިޞްލާޙުކުރުމުގެ ފުރުޞަތުދިނުމުގ ގޮތުނެ ފުރަތަމް މަރުޙަލާގެ ކޯޓުގެ ނިންމުން އިސްތިއުނާފީ ކޯޓެއްގެ ކުރިމަތީގައި ޗެލެންޖްކޮށ އަލުން ބެލުމުގެ ފުރުޞަތު ޚަޞްމުންނަށް ހުޅުވާލުމުގެ ޟަރޫރަތްތެރިކަން އޮތުމެވެ. މި ދެ ކަމުގެ މެދުގައި ވަޒަންކޮށް ތަފާތު ދައުލަތްތަކުގެ އިޖރާއު ތުގެ ޤާނޫނުތަކުގައި އިސްތިއުނާފަށް ހުށަހެޅުމުގެ މުއްދަތު ކަނޑައެޅިފައިވަނީ ނިސްބަތުން ކުރުކޮށެވެ. އަދި އިސްތިއުނާފުކުރުމާ ގުޅޭގޮތުން އެހެން ޤާނޫނެއްގައި އެހެންގޮތަކަށް ކަނޑަނއަޅާ އެންމެހއަ ޙާލަތްތަކުގައި އިސްތިއުނާފަށް ހުށަހަޅަންޖެހޭ މުއްދަތަކީ އެ އިޖުރާއާތުގެ ޤާނޫނުތަކުގައި އިސްތިއުނާފަށް ހުށަހެޅުމަށް ކަނޑައެޅިފައިވާ ޢާންމު މުއްދަތުކެ ވެ. އެ ޢާ ންމ މުއްދަތު ތަފާތު ދައުލަތްތަކު ގެ އިޖުރާއާތުގެ ޤާނޫނުތަކުގައި އެއްގޮތް ނޫންކަ ން އެނގެއެވެ.

7HN5އިސްތިއުނާފުކުރެވިފައި މިވާ، ސިވިލް ކޯޓުގެ ނަންބަރު 3004/Cv-C/2017 ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރެވުނުއިރު ޢަމަލުކުރެވެމުން އައީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު: 2015/06/SC ސަރކިއުލަރގައިވާ ގޮތުގެ މަތިންކަން އެނގެން އޮންނަކަމެވެ. އަދި އަމިއްލަ ބާރު ނުފޯރާފަދަ ކަމެއް މެދުވެރިވެގެން ކަނޑައެޅިފައިވާ މުއްދަތުގައި އިސްތިއުނާފަށް ހުށަނޭޅޭ މައްސަލަތައް، އެ މައްސަލައެއް އިސްތިއުނާފަށް ހުށަނޭޅުނުކަމަށް ބަޔާންކުރާ ސަބަބަކީ ހައިކޯޓަށް ޤަބޫލުކުރެވޭފަދަ ސަބަބެއް ކަމުގައިވާނަމަ، ކަނޑައެ ޅިފައިވ މުއްދަތާ ފާއިތުވުމަށު ފަހުގައިވެސް، ޤާނޫނު ނަންބަރ 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު)، އަށާއި ހައިކޯޓުގެ ޤަވާޢިދުގެ 29 ވަނަ މާއްދާގެ (ނ) ގެ ދަށުން ޙާލަތުއްޟަރޫރާ ނުވަތަ ޑޮކްޓްރިން އޮފް ނެސެސިޓީގެ ދަށުން ސީދާ ހައިކޯޓުން އިސްތިއުނާފު ކުރުމަށް ދެވޭ ހުއްދައެއްގެ ދަށުންކަން އެނގެއެވެ. ނަމަވެސް އެފަދަ ހުއްދައެއް ލިބުމުން، ޙައްދެއް އިމެއް، ވަގުތެއްނެތި އިސްތިއުނާފަށް މައްސަލަ ނުވައްދައި ތިބުމުގެ ފުރުޞަތު ހުޅުވިފައި އޮވެއްޖެނަމަ އެކަމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ) އިން ކަށަވަރުކޮށްދީފައިވާ އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި ޝަރީޢަތް ކުރެވުމުގެ ޙައްޤު ގެއްލިގެން ދިއުމުގެ އިތުރަށް ޝަރީޢަތުގެ ބޭނުން ނަހަމަގޮތުގައި ހިފުމަށް ހުޅުވާލެވޭ ދޮރެއްކަމުގައި މެނުވީ ނުވާނެއެވެ.

8HN6އެހެންކަމުން، އިސްވެ ބަޔާންކުރެވުނު ކަންކަން އެގޮތުގައި ހުރުމުން، ދިވެހިރާއްޖޭގެ ހައިކޯޓުން މި މައްސަލަ ހުށަހެޅުމުގެ ހުއްދަ 11 ފެބުރުއަރީ 2019 ގައި ހޮނާސް ކްލަބް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ދީފައިވާކަން އެންގުމަށްފަހު، ބަންދު ދުވަސްތައް ނުލައި 64 (ފަސްދޮޅަސް ހަތަރެއް) ދުވަސް ފާއިތުވުމަށްފަހު 16 މެއި 2019 ގައިކަން އެނގުމުން، މައްސަލައިގެ އިސްތިއުނާފ ފޯމް ހައިކޯޓަށް ބަލައިގެންފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2015/06/SC ސަރކިއުލަރއާ ޚިލާފަށް ކަމަށް ފެންނާތީ މި މައްސަލައަކީ ހައިކޯޓުގައި ކުރިއަށް ގެންދެވޭނެ މައްސަލައެއް ނޫންކަމުގައި އަހުރެން ދެކެމެވެ.  ނިންމުން: ދެންފަހެ، އިސްވެ ފާހަގަ ކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ކަންކަން އެގޮތުގެމަތިން ހުރުމުން، ސިވިލް ކޯޓުގެ ނަންބަރު 3004/Cv-C/2017 ޤަޟިއްޔާ އިސްތިއުނާފު ކުރުމުގެ ހުއްދަ ދިނުމަށް ޤާނޫނުގެ 42 ވަނަ މާއްދާގެ (ރ) އަދި (ބ).

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

  • ސުޕްރީމް ކޯޓުގެ ސަރކިއުލަރު ނަންބަރު 2015/06/SC
  • ސުޕްރީމް ކޯޓުގެ ޢާއްމު ސިޓީ ނަންބަރު 2015/05
  • ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 42 ވަނަ މާއްދާގެ (ހ)، (ރ) އަދި (ބ)
  • ހައިކޯޓުގެ ޤަވާޢިދުގެ 29 ވަނަ މާއްދާގެ (ނ)
  • ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 16 ވަނަ މާއްދާ
  • ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ)

ޝަރީޢަތުގެ ވީޑިއޯ

މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.

ޝެއަރ ކުރައްވާ