ޑެފްނޭ ޕްރައިވެޓް ލިމިޓެޑް ވ. ނަލަހިޔާ ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑް
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- ސިވިލް ކޯޓު 699/Cv-C/2017
- ފަހުގެ ތާރީޚު
- ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް
ކޯ ޓާމްސް
ޚުލާޞާ
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ސުޕްރީމް ކޯޓުގެ 2021/SC-A/23 ޤަޟިއްޔާއިން ސިވިލް ކޯޓުގެ 699/Cv-C/2017 އާއި ހައިކޯޓުގެ 2018/HC-A/342 ބާޠިލުކޮށް ތަޙުވީލުކުރި މުދަލުގެ އަގު ހޯދުމުގެ މައްސަލައިގައި، މުދަލަށް އެދުނުތޯ، މުދާ ލިބުނުތޯ، ފައިސާ ދެއްކިތޯ ހައިކޯޓަށް ކަނޑައެޅެނީތޯ، ނުވަތަ ވާޤިޢާ ކަށަވަރުކުރުމަށް ސިވިލް ކޯޓަށް ތަޙުވީލުކުރަންޖެހޭތޯ.
ނިންމުން
ދަށުކޯޓުގެ ނިންމުން ބާޠިލުއަލުން ބެލުމަށް ސިވިލް ކޯޓަށް ތަޙުވީލުކުރި
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 ދަޢުވާކުރާ ފަރާތް ޙާޟިރުނުވެގެން ނުވަތަ އެހެން ސަބަބަކާހުރެ ބާޠިލުކުރި މައްސަލައެއް އަލުން ހުށަހަޅައި، ކުރީގެ މައްސަލަ ގޮސްފައިވާ ހިސާބުން ކުރިއަށް ގެންދަން ޚަޞްމުން އެދިއްޖެނަމަ، އެކަމާމެދު ޝަރީޢަތުން ކަނޑައެޅި ގޮތް ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން އެނގެން އޮންނަންވާނެއެވެ.
HN2 ޚަޞްމަކު ކޯޓުގައި އިޢުތިރާފުވި ކަމެއް (މިސާލަކަށް ޕާރޗޭސް އޯޑަރު ފޮނުވިކަން) އެ އިޢުތިރާފުން ސާބިތުވެއެވެ.
HN3 ކޯޓުތަކުގެ ޤާނޫނުގެ 32 ވަނަ މާއްދާގެ (ހ) ގެ ދަށުން ހައިކޯޓުން އިސްތިއުނާފު ބަލާނީ ދަށު ކޯޓުގައި ހުށަހެޅި ހެކިތަކާއި ދިފާޢުތައް އަސާސްކޮށްގެންނެވެ. ދަށު ކޯޓުގައި ނުބެލި ހުރި ކަންތައްތަކެއް ހުރެ އަލުން ބެލުމުގެ މަޞްލަޙަތު ބޮޑުނަމަ، ބަލަންޖެހޭ ޤާނޫނީ އުޞޫލުތައް ކަނޑައަޅައި (32 ވަނަ މާއްދާގެ (ނ))، ނުވަތަ ކަން ހިނގާފައިވާ ގޮތް އަލުން ބަލަންޖެހޭނަމަ (46 ވަނަ މާއްދާގެ (ށ)) ދަށު ކޯޓަށް ތަޙުވީލުކުރެވިދާނެއެވެ. އިސްތިއުނާފީ މަރުޙަލާއަކީ ޓްރަޔަލް މަރުޙަލާއާ ތަފާތު، ދަށު ކޯޓުގެ ނިންމުން ޤާނޫނާ ޚިލާފުތޯ ކަނޑައަޅާ މަރުޙަލާއެކެވެ.
HN4 ދަށު ކޯޓުން ޚަޞްމަކަށް އަންދާޒާ ނުކުރެވޭފަދަ ބުރަދަނެއް ވަކި ކަމަކަށް ދީފައިވާނަމަ، އެ ނިންމުން ރަނގަޅު ނޫންކަން ސާބިތުކުރުމަށް އެކަމާ ސީދާ ގުޅޭ އައު ހެކި ނުވަތަ ވާހަކަ ދެއްކުމުގެ ފުރުޞަތު އިސްތިއުނާފީ މަރުޙަލާގައި އޮވެއެވެ.
HN5 ކޯޓުތަކުގެ ޤާނޫނުގެ 33 ވަނަ މާއްދާގެ (ރ) ގައި އައު ނުކުތާ އިސްތިއުނާފީ މަރުޙަލާގައި ނުބެލޭނެކަމަށް ބުނެފައިވުމަކީ، ގޮތެއް ކަނޑައެޅުމަށް ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކުރުމަށް ދަށު ކޯޓަށް ތަޙުވީލުކުރުމަށް ހުރަސްއަޅާ ކަމެއް ނޫނެވެ. ފުރިހަމަ ނޫން މަޢުލޫމާތުގެ މައްޗަށް މައްސަލަ ނިންމުމަކީ ޢަދުލުވެރި ގޮތެއް ނޫނެވެ.
HN6 ދަށު ކޯޓުގައި ނުދެކެވި އިސްތިއުނާފީ މަރުޙަލާގައި އައްވަލަށް ދައްކާ ވާހަކަތަކުގެ މައްޗަށް ވާޤިޢާ ކަނޑައަޅައި އިސްތިއުނާފީ ކޯޓުން ގޮތެއް ކަނޑައެޅުމުން އިސްތިއުނާފުގެ އެއް މަރުޙަލާ ގެއްލިދާނެތީ، އިސްތިސްނާ ޙާލަތެއް ނެތި އެގޮތަށް ނިންމުމަކީ ޤާނޫނު ތަޞައްވުރުކުރާ ގޮތެއް ނޫނެވެ.
HN7 ވިއްކި ފަރާތުން މުދާ ފޯރުކޮށްދީފައިވާކަން މަދަނީ މިންގަނޑުން ސާބިތުވެއްޖެނަމަ، އެ މުދަލަށް ފައިސާ ދައްކާފައިވާކަން ސާބިތުކުރުމުގެ ބުރަ ފުރޮޅިގެންދަނީ ގަތް ފަރާތުގެ މައްޗަށެވެ.
HN8 ތަޙުވީލުކުރެވުނު މައްސަލައިގައި ސުޕްރީމް ކޯޓުން ފާހަގަކުރި ދާއިރާގެ ގިނަ ކަންކަމަކީ ދަށު ކޯޓުގައި ވާހަކަ ދެއްކުމުގެ ފުރުޞަތު ލިބި ދެކެވިފައިވާ ކަންކަން ނޫންނަމަ، ހެކި ހުށަހެޅުމުގެ ފުރުޞަތު ދީގެން ވާޤިޢާ ކަށަވަރުކުރުމަށް ދަށު ކޯޓަށް ތަޙުވީލުކުރުމަކީ މަޞްލަޙަތު ބޮޑު ގޮތެވެ.
ވަކީލުންނާއި ފަނޑިޔާރުން
- ވަކީލުން
- —
- ބެންޗު
- ޙުޒައިފާ މުޙައްމަދު، ޙުސައިން ޝަހީދު، މުޙައްމަދު ސަލީމް
- ރިޔާސަތު
- —
- ރައުޔު ލިޔުނު ފަނޑިޔާރު
- ޙުޒައިފާ މުޙައްމަދު · ތާއީދުކުރެއްވީ: ޙުސައިން ޝަހީދު، މުޙައްމަދު ސަލީމް
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
ފަނޑިޔާރު ޙުޒައިފާ މުޙައްމަދުގެ ރައުޔު
މައްސަލައިގެ ތަޢާރފަ
1މިއީ، ދިވެހިރާއްޖޭގު ސުޕްރީމް ކޯޓުގެ ނަންބަރ 2021/SC-A/23 ޤަޟިއްޔާގައި،ސިވިލް ކޯޓުގެ ނަންބަރ 699/Cv-C/2017 ޤަޟިއްޔާ އާއި ހައިކޯޓުގެ ނަންބަރު 2018/HC-A/342 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމް ބާޠިލުކަމަށް ކަނޑައަޅައި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރ 2021/SC-A/23 ޤަޟިއްޔާގައިވާ އިރުޝާދުތަކާ އެއްގޮތްވާގޮތުގެ މަތިން މި މައްސަލަ އަލުން ބެލުމަށްޓަކައި ޤާނޫނު ނަންބަރ 2010/22 )ދިވެހިރާއްޖޭގ ކޯޓުތަކުގެ ޤާނޫނު( ގެ 18 ވަނަ މާއްދާގެ )ށ( އެ ޙަވާލާދީ، ދިވެހިރާއްޖޭގެ ހައިކޯޓަށް މައްސަލަ ތަޙުވީލުކުރުމުން ދިވެހިރާއްޖޭގެ ހައިކޯޓުން ބަލާފައިވާ ޤަޟިއްޔާއެވެ. މައްސަލައިގެ ފަސްފަހަތަ 2 1
2ޑެފްނޭ ޕްރައިވެޓް ލިމިޓެޑް )މީގެ ފަހުން "ޑެފްނޭ"( އަށް ނަލަހިޔާ ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑް )މީގެ ފަހުން "ނަލަހިޔާ"( އިނ 2014 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 6 އަދި 12 ވަނަ ދުވަހު ފޯރުކޮށްދީފައިވާ މުދާތަކަށް ދައްކަންޖެހޭ 611,620/-ރ. )ހަލައްކަ އެގާރަހާސް ހަސަތޭކަ ވިހި ރުފިޔާ( އާއާ، މި ފައިސާ ނަލަހިޔާގެ ވިޔަފާރިއަށް ނުވަނުމުގެ ސަބަބުން ލިބިފައިވާ ގެއްލުމުގެ ބަދަލުގެ ގޮތުގައި 1,292,964/68 ރ. )އެއްމިލިއަން ދެލައްކަ ނުވަދިހަ ދެހާސް ނުވަސަތޭކަ ފަސްދޮޅަސް ހަތަރު ރުފިޔާ ފަސްދޮޅަށ އަށް ލާރ( އާއެކު ޖުމްލަ 1,904,584/68 ރ. )އެއްމިލިއަން ނުވަލިއްކަ ހަތަރުހާސް ފަސްސަތޭކަ އަށްޑިހަ ހަތަރު ރުފިޔާ ފަސްދޮޅަސް އަށް ލާރ( ހޯދުމަށް އެދި ނަލަހިޔާގެ ފަރާތުން ޑެފްނޭގެ މައްޗަށް ސިވިލް ކޯޓުގައި ރަޖިސްޓްރީ ނަންބަރު 673/2009-C ރަޖިސްޓްރީ ނަންބަރު 85/2002-C ދަޢުވާ ކުރިއެވެ. މި ދަޢުވާ ސިވިލް ކޯޓުން ބަލާފައިވަނީ އެ ކޯޓުގެ ނަންބަރު 699/Cv-C/2017 ޤަޟިއްޔާއިންނެވެ.
3މި ދަޢުވާގެ ޖަވާބުގައި ޑެފްނޭގެ ފަރާތުން ބުނެފައިވަނީ ދަޢުވާއަށް އިންކާރުކުރާކަމުގައެވެ. އަދި މި ދަޢުވާއަށް އިންކާރުކޮށް ވާހަކަދައްކަމުން ބުނެފައިވަނީ ޑެފްނޭއަކާ ނަލަހިޔާގެ ފަރާތުން އެތައް ފަހަރެއްގެ މަތިން މުދާ ގަނެ ވިޔަފާރިކޮށްފައިވާ ފަރާތެއް ކަމަށާއި، ޑެފްނޭގާ ފަރާތުން އަބަދުވެސް ވިޔަފާރި ކޮށްފައިވަނީ މުދާ ލިބުމުގެ ކުރިއަށް މުދަލަށްވ ފައިސާ އަދާކުރަމުން ކަމަށާއި، އެހެންކަމުން، ދަޢުވާގައި ބަޔާންކޮށްފައިވ ފައިސާއަކީ ޑެފްނޭގެ ފަރާތުން އަދާނުކޮށްވާ ފައިސާގެ އަދަދެއް ކަމުގައި ނުދެކޭކަމުގައެވެ.
4ސިވިލް ކޯޓުގެ ނަންބަރު 699/Cv-C/2017 ޤަޟިއްޔާގައި ޙުކުމްކޮށްފައިވަނީ ނަލަހިޔާގެ ފަރާތުން ޑެފްނޭގެ މައްޗަށް ދަޢުވާކޮށް ހުށަހަޅާފައިވާ މައްސަލައިގައި، ނަލަހިޔާގެ ފަރާތުން ހުށަހަޅާފައިވާ އިންވޮއިސްގައިވާ މުދާ ނަލަހިޔާގެ ފަރާތުން ޑެފްނޭއަށް ފޯރުކޮށްދީފައިވާކަމށާއި، ބުނެވުނު މުދަލުގެ އަގަށްވ 611,620/-ރ. )ހަލައްކަ އެގާރަހާސް ހަސަތޭކަ ވިހި ރުފިޔާ( ޑެފްނޭގެ ފަރާތުން ނަލަހިޔާއަށ އަދާކޮށްފައިނުވާކަނ މަދަން މިންގަނޑުތަކުން ޝަރީޢަތަށް ސާބިތުވާކަމަށެވެ. އެހެންކަމުން، މި ފައިސާ ނަލަހިޔާއަށް ލިބިދިނުމުގެ ގޮތުނ 29 މްރި ޗ 2018 އިން ފެށިގެން 15 )ފަނަރަ( ދުވަހުގެ ތެރޭގައި ސިވިލ ކޯޓަށް ދައްކައި، ޑެފްނޭގެ ފަރާތުން މި ދަރަނި ޚަލާޞްކުރުމަށެވެ.
5މި ޙުކުމަށް ވާސިލުވުމުގައި ސިވިލް ކޯޓުން އަންނަނިވި ސަބަބުތައް ފާހަގަކޮށްފައިވެއެވެ. ސިވިލް ކޯޓުގެ ނަންބަރު 699/Cv-C/2017 ޤަޟިއްޔާގެ "ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓް"ގެ "މައްސަލައިގެ ޚުލާޞާ" ސިވިލް ކޯޓުގެ ނަންބަރު 699/Cv-C/2017 ޤަޟިއްޔާގެ "ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓް"ގެ "ފާހަގަކުރެވުނު ނުކުތާތައް"ގެ 2 ވަނަ ނުކުތާ ސިވިލް ކޯޓުގެ ނަންބަރު 699/Cv-C/2017 ޤަޟިއްޔާގެ "ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓް"ގެ "ފާހަގަކުރެވުނު ނުކުތާތައް"ގެ 3 ވަނަ ނުކުތާގެ )ހ( ސިވިލް ކޯޓުގެ ނަންބަރު 699/Cv-C/2017 ޤަޟިއްޔާގެ "ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓް"ގެ "ފާހަގަކުރެވުނު ނުކުތާތައް"ގެ 3 ވަނަ ނުކުތާ
5.1 ދަޢުވާ ބިނާކޮށްފައިވަނީ ނަލަހިޔާގެ ނަންބަރު NAL3/IFCS/14/2 އިންވޮއިސްގައި ބަޔާންކޮށްފައިވާ މުދަލުގެ މައްޗަށްކަމަށްވާއިރަ،ނަލަހިޔާއިން ހުށަހެޅް ޑެފްނޭގެ ސިއްކަ ޖަހާފައިވާ ނަންބަރު 001/DPO/2014 )06 ޖަނަވަރީ 2014( ޕާޗޭސް އޯޑަރުގައިވާ މުދަލާއި،މުދަލުގެ އަގު ނަލަހިޔާގެ އިންވޮއިސްގައި ބަޔާންކޮށްފައިވާ މދަލާއ، މުދަލުގެ އަގާ ދިމާވާކަން.
5.2 މި ޕާޗޭސް އޯޑަރާއި، އިންވޮއިސްގައި ބަޔާންކޮށްފައިވާ މުދާ ނަލަހިޔާއިން ޑެފްނޭއަށް ފޯރުކޮށްދީފައިވާކަން ނަލަހިޔާގެ ފަރާތުން ހުށަހަޅާފައިވާ 02 )ދޭއް( ޑެލިވަރީ ނޯޓުން އެނގޭކަމަށާއި، މި ޑެލިވަރީ ނޯޓުގެ ތެރެއިން 01 )އެކެއް( ޑެލިވަރީ ނޯޓުގައި އިންވޮއިސްގެ ތާރީޚަށް ވުރެ ފަހު ތާރީޚެއް ބަޔާންވެ އޮތުމަކީ މުދާ ފޯރުކޮށްނުދޭކަމުގެ މައްޗަށް ދަލީލުކޮށްދޭ ކަމެއް ނޫންކަން.
5.3 ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2010/SC-A/02 ޤަޟިއްޔާގައި ބަޔާންވެފައިވާ އޮންނަ ގޮތުގެ މައްޗަށް ރިޢާޔަތްކޮށި، އެ ހަމައިން ބަލާއިރު، ޑެފްނޭއިން ނަލަހިޔާގެ ކިބައިން މުދަލަށް އެދޭ ޕާޗޭސ އޯޑަރެއް ފޮނުވައި، އެ ޕާޗޭސް އޯޑަރުގައިވ މުދާ ނަލަހިޔާއިން ޑެފްނޭއަށް ފޯރުކޮށްދީފައިވާއިރު، މި މުދަލާ ގުޅޭ ފައިސާ ޑެފްނޭއިން ނަލަހިޔާއަށ އަދާކޮށްފައިވާކަމަށް ޑެފްނޭއިން ބުނާނަމަ، އެކަން އެގޮތުގައި ޝަރީޢަތަށް ސާބިތުކޮށްދިނުމަކީ ޑެފްނޭގެ މައްޗަށް އޮތް މަސްއޫލިއްޔަތެއްކަމުގައ ވީނަމަވެސް، މި މުޢާމަލާތާ ގުޅޭ ފައިސާ ޑެފްނޭއިން އަދާކޮށްފައިވާކަން އެނގޭފަދަ ހެކި ޑޭފްނޭއިން ހުށަހަޅާފައިނުވާކަނ.
5.4 މި މައްސަލައިގައި ޑެފްނޭގެ ފަރާތުން ޝަފަހީ ހެއްކަކު ހުށަހަޅާފައިވާއިރު، ކަނޑައެޅިގެން މި މުޢާމަލާތުގައ ހިމެނި ފައިސާ ޑެފްނޭއިން ނަލަހިޔާއަށ އަދާކުރިކަން އެނގޭކަމަށް ޑެފްނޭގެ ފަރާތުނ ޙާޟިރުކުރި ހެކިވެރިޔާ ހެކިބަސް އަދާކުރަމުން ބުނެފައިނުވާކަނ އެނގެން އޮންނަކަނ.
އަޙްމަދު ނާޝިދު ވ. މުޙައްމަދު މުޞްތަފާ
5.5 މި މައްސަލައިގައި ގެއްލުމުގެ ބަދަލުގެ ގޮތުގައި ނަލަހިޔާގެ ފަރާތުން ހޯދުމަށް އެދިފައިވާ ފައިސާއަކީ އިންވޮއިސްގައި ބަޔާންކޮށްފައިވާ ޝަރުޠު ޖަޒާއީގެ ދަށުން ނަގައިދިނުމަށް އެދިފައިވާ ފައިސާއެއްކަމަށްވާއިރު، މި އިންވޮއިސް ޑެފްނޭއަށް ރައްދުވެފައިވާކަނ އެނގެން ނެތްކަމަށާއި، އިންވޮއިސްގައިވާ ޖަޒާއީ ޝަރުޠުގެ މައްޗަށް ބިނާކޮށް ހޯދުމަށް އެދިފައިވާ ފައިސާއަކީ ނަގައިދެވޭނެ ފައިސާއެއް ނޫންކަން.
6ސިވިލް ކޯޓުގެ ނަންބަރު 699/Cv-C/2017 ޤަޟިއްޔާއިން ކޮށްފައިވާ ޙުކުމް ޑެފްނޭގެ ފަރާތުން ދިވެހިރާއްޖޭގު ހައިކޯޓުގައި އިސްތިއުނާފުކުރިއެވެ. މި އިސްތިއުނާފު ބަލާފައިވަނީ ދިވެހިރާއްޖޭގެ ހައިކޯޓުގ ނަންބަރ 2018/HC-A/342 ޤަޟިއްޔާއިންނެވެ. އިސްތިއުނާފު ބިނާކޮށްފައިވަނީ އަންނަނިވި ކަންކަމުގެ މައްޗަށެވެ.
6.1 މުދާ ޑެލިވަރީ ކޮށްފައިވަނީ ޑެފްނޭއަށް ނޫންކަމަށާއި، އަދި ދަޢުވާގައި ބުނާ މުދާ ރިސީވްކޮށްފައިވަނީވެސް ޑެފްނޭގެ ފަރާތުން ނޫންކަމުގައި ޑެފްނޭގެ ފަރާތުން ފާހަގަކޮށްފައިވުމާއި، މުދާ ޑެލިވަރީކޮށްދިންކަމަށ ބުން ޑެލިވަރީ ނޯޓުގައި މުދާ ޑެލިވަރީ ކޮށްފައިވަނީ ޑްފްނޭއަށްކަނ އެނގެން ނެތްއިރު، ދަރަންޏަށް މުދާ ނަގާފައިވާ ފަރާތެއްނޫންކަން ހެކިންގެ ހެކިބަހުންނާއި ލިޔެކިޔުންތަކުން ސާބިތުވާއިރު ނަލަހިޔާއިން އެކަން ސާބިތުކޮށްދީފައިނުވަނީސ ޑެފްނޭއަށް މުދާ ފޯރުކޮށްދީފައިވާކަމަށ ކަނޑައަޅައި ޙުކުމްކޮށްފައިވާކަނ.
6.2 ނަލަހިޔްއިނ ޑެފްނޭއަށް މުދާ ދޫކުރިކަމަށް ބުނާނަމަ، އާ މުދަލެއިދޫކުރެވުނީ ކޮން އުޞޫލަކުންކަން އެ ފަރާތުން ސާބިތުކޮށްދޭންޖެހޭއާރު، ދަރަންޏަށް މުދަލެއް ދޫކޮށްފައިނުވާކަން ހެކިންގެ ހެކިބަހުންނާއި ލިޔެކިޔުންތަކުން ސާބިތުވާއިރު، އެކަމަށް ރިޢާޔަތްނުކޮށް މައްސަލަ ނިންމފައިވާކަނ. ދިވެހިރާއްޖޭގ ހައިކޯޓުގެ ނަންބަރ 2018/HC-A/342 ޤަޟިއްޔާގެ "ޤަޟިއްޔާ ނިމުނުގޮތުގެ ރިޕޯޓު"ގެ 4 ވަނަ ނުކުތާ
7މި މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2018/HC-A/342 ޤަޟިއްޔާއިން ނިންމާފައިވަނީ ސިވިލް ކޯޓުގ ނަންބަރ 699/Cv-C/2017 ޤަޟިއްޔާގެ ޙުކުމަށް ތާއީދުކޮށެވެ. މި ނިންމުމަށް ވާސިލުވެފައިވަނީ އަންނަނިވި ސަބަބުތަކުގެ މައްޗަށް ބުރަވެއެވެ.
7.1 މި މައްސަލައިގައި ހުށަހަޅާފައިވާ ލިޔެކިޔުންތަކުން، މި މައްސަލައިގައި ޚުޞޫމަތު އުފެދިފައިވާ މުދާ ދޫކޮށްފައިނުވާކަމުގެ މައްޗަށް ހުއްޖަތް ލިބިގެން ނުދާކަން.
7.2 މުދާ ޑެލިވަރަކޮށްފައިވަނީ ޑެފްނޭއަށް ނޫންކަމަށް ޑެފްނޭގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި ބުނީ ބުނުމުގްއި މަޤުބޫލު އެއްވެސް ސަބަބެއް ނެތްކަމަށާއި، އަދި މުދާ ޑެފްނޭއަށް ލިބިފައިނުވާކަމުގެ ކާފީ އެއްވެސް ހެއްކެއި،ޤަރީނާއެއް ޑެފްނޭގެ ފަރާތުން ދަށު ކޯޓަށް ހުށަހަޅާފައިނުވުމާއެކު، ނަލަހިޔާގެ ފަރާތުން ހުށަހަޅާފައިވް ޕާޗޭސް އޯޑަރާއި، ޑެލިވަރީ ސްލިޕްތަކާއި، އިންވޮއް ސްއާއި، ޑެފްނޭގެ ފަރާތުނ ހެކިބަސް އަދާކުރި ހެކިވެރިޔާގެ ބަހާއި، މިކަން ހިނގާދިޔަ ގޮތަށް ބަލައި ހެކި ޤަރީނާތައް ގުޅުވާލުމުން މުދަލަކީ ޑެފްނޭއަށް ރައްދުކުރެވިފައިވާ މުދާކަމުގައި ބެލެވޭކަނ.
7.3 ޑެފްނޭގެ ފަރާތުން މުދާ ގަތުމަށް ނަލަހިޔާއަށ ހުށަހަޅާފައިވް ޕާޗޭސް އޯޑަރުގައިވ މުދާ ނަލަހިޔާއިން ޑެފްނޭއަށް ދޫކުރެވުނުކަނ ޤާނޫން ހަމަތަކުނެބެލެވޭތީ، މި ޙާލަތުގައި މުދަލުގެ އަގު އަދާކޮށްފައިވާ ކަމުގަދަފްޢު ސާބިތުކުރުމުގެ ބުރަ އެއް ފަރާތުން އަނެއް ފަރާތަށް ބަދަލުވާ އުޞޫލުން، އަގު އަދާކޮށްފައިވާކަމުގެ ދަފްޢު ސާބިތުކުރުމަކީ ޑެފްނޭގެ މައްޗަށް އޮތް ޒިންމާއެއް ކަމަށްވާއިރު، އާންމުކޮށް ގަންނަ މުދަލުގެ އަގު ދައްކާ ކަމަށް ޑެފްނޭއިން ބުނާ ބުނުން ފިޔަވައި އެ މުދަލުގެ އަގު ދެއްކިކަމުގެ މައްޗަށް އެއްވެސް ހެއްކެއް އަދި ޤަރީނާއެއް ޑެފްނޭގެ ފަރާތުން ހުށާހަޅާފައިނުވާތީ،އިންވޮއިސްގައިވާ މުދަލުގެ އަގަކީ ޑެފްނޭގެ ފަރާތުން ނަލަހިޔާއަށް ދައްކަންޖެހޭ ފައިސާކަމުގައި ބެލެވޭކަނ. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2018/HC-A/342 ޤަޟިއްޔާގެ "ޤަޟިއްޔާ ނިމުނުގޮތުގެ ރިޕޯޓު"ގެ 7 ވަނަ ނުކުތާއާއި 8 ވަނަ ނުކުތާ
8ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2018/HC-A/342 ޤަޟިއްޔާ ނިންމާފައިވަނީ ޤާނޫނީ އުޞޫލުތަކާއި އެއްގޮތްވެ ގޮތުގެ މަތިން ނޫންކަމަށް ބުނެ އެ ނިންމުން ދިވެހިރާއްޖޭގ ސުޕްރީމް ކޯޓުގައު ޑެފްނޭގެ ފަރާތުން އިސްތިއުނާފުކުރިއެވެ. މި ޤަޟިއްޔާ ބަލާފައިވަނީ އެ ކޯޓުގެ ނަންބަރ 2021/SC-A/23 ޤަޟިއްޔާއިންނެވެ. މިގޮތުން ޑެފްނޭގެ ފަރާތުން އަންނަނިވި 03 )ތިނެއް( ނުކުތާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވެއެވެ.
8.1 ޝަރު ޢީ އަދި ޤާނޫނީ ހަމައަކީ ކޮބައިކަން ބަޔާންކޮށްދިނުމެއް ނެތި، ސުޕްރީމް ކޯޓުގެ ނަންބަރު 2018/SC-A/49 ޤަޟިއްޔާގައި ކަނޑައަޅާފައިވި އުޞޫލާ ޚިލާފަށާ މުދާ އޯޑަރުކުރުމާއި، އެ މުދާ ލިބިފައިވާކަމުގެ މައްޗަށް ޑެފްނޭއިން ހަރުދަނާ ގޮތެއްގައި ސިވިލް ކޯޓުގައި އިންކާރުކޮށްފައިވާކަމުގައ ޝަރުޢީ އަދި ޤާނޫނީ ހަމަތަކުން ބެލެވެން ނެތްކަމަށާއި، ޕާޗޭސް އޯޑަރުގައިވ މުދާ ނަލަހިޔާގެ ފަރާތި ނ ޑެފްނޭއަށް ދޫކުރެވުނުކަނ ޤާނޫން ހަމަތަކުގެ މަތިން ބެލެވޭކަމަށް ކަނޑައަޅާފައިވާކަމަށް ބުނެ ހުށަހެޅ ނުކުތާއާއި،
8.2 ނަލަހިޔާގެ ފަރާތުން ދަޢުވާގައި ބަޔާންކުރާ މުދާ ޑެފްނޭއަށް ޑެލިވަރީކޮށް އެ މުދާ ޑެފްނޭއަށް ލިބުނުކަން ސާބިތުވާފަދަ ހެއްކެއް ނަލަހިޔާގެ ފަރާތުނ ހުށަހަޅާފައި ނެތްއިރު، މަދަނީ މައްސަލަތަކުގައި ދަފްޢު ސާބިތުކުރުމުގައި ސުޕްރީމް ކޯޓުގެ ނަންބަރު 2010/SC-A/02 ޤަޟިއްޔާއާއި، ސުޕްރީމު ކޯޓުގެ ނަންބަރ 2013/SC-A/28 ޤަޟިއްޔާގައި ކަނޑައެޅިފައިވާ އުޞޫލުތަކާއި ޚިލާފަށް ހެކި ވަޒަންކޮށް ދަޢުވާގައި ބަޔާންކުރާ މުދާ ޑެފްނޭއަށް ފޯރުކޮށްދީފައިވާކަމަށް ކަނޑައަޅާފައިވާކަމަށް ބުނެ ހުށަހެޅ ނުކުތާއާއި، ދިވެހިރާއްޖޭގު ސުޕްރީމް ކޯޓުގެ ނަންބަރ 2021/SC-A/23 ޤަޟިއްޔާގެ "ޝަރީޢަތް ނިމުނުގޮތް"ގެ 6 ވަނަ ނުކުތާ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑު ވ. ޖާބިރު ޢަބްދުއްރަޙްމާން އަޙްމަދު ނާޝިދު ވ. މުޙައްމަދު މުޞްޠަފާ އޭޑީކޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ވ. ގަސްވެލި އައިލެންޑްސް ޕްރައިވެޓް ލިމިޓެޑް
8.3 ދަޢުވާގައި ބަޔާންކުރާ ވާޤިއާތައަ ނަލަހިޔާއިން ފާހަގަކުރާގޮތަށް ހިނގާފައިވާކަމަށް ބުރަވެވޭފަދ އެކަށީގެންވާ މިންވަރުގެ ހެކި ހުށަހަޅާފައި ނެތްއިރު، މަދަނީ ޚުޞޫމަތު ސާބިތުކުރުމުގެ ބުރަ ޤާއިމުކޮށްފައިވޭތޯ ބެލުމުގައި ކަނޑައެޅިފައިވާ ޤާނޫނެ އުޞޫލުތަކާއި ޚިލާފަށް ހެކި ވަޒަންކޮށް، ނަލަހިޔާގެ ދަފްޢު ނަފީކުރުމުގެ ގޮތުން، މުދާ ޑެފްނޭއަށް ދޫކޮށްފައި ނުވާކަނީ އެނގޭ ހެއްކެއް ޑެފްނޭއަށް ހުށަހެޅިފައި ނެތްކަމަށް ކަނޑައަޅައި، ޑެފްނޭގެ ޕަރޗޭސް އޯޑަރަށް މުދާ ދޫކުރެވުނުކަނ ޤާނޫން ހަމަތަކުން ބެލެވޭކަމަށް ކަނޑައަޅާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
9މި މައްސަލައިގައި ދަޢުވާ ސާބިތުވޭތޯ ބެލުމުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އަންނަނިވި ކަންކަން ފާހަގަކޮށްފައިވެއެވެ.
9.1 ޑެފްނޭ ކުންފުނީގެ ތައްގަނޑެ ޖަހާފައިވާ ޕާރޗޭސް އޯޑަރެއް ނަލަހިޔާގެ ފަރާތުން ހުށަހަޅާފައިވާއިރު، މި ޕާރޗޭސް އޯޑަރުގައި ބަޔާންކޮށްފައިވާ މުދާތަކުގެ އަގު ޖަހާފައިވާކަމަށާއި، ޑެފްނޭއަކީ ނަލަހިޔާގެ ކަސު ޓަމަރެއްކަމުގައިވާއިރު، ޕާރޗޭސް އޯޑަރެއްގައި ކަސްޓަމަރުގި ތައްގަނޑް ޖަހައި، ތަކެތީގައި އަގުތައްވެސް ޖަހަން މެދުވެރިވީ ކީއްވެގެންކަން ޝަރީޢަތުން ސާފުކޮށްފައިނުވާކަމަށާއި،ޕާރޗޭސް އޯޑަރަކީ ޞައްޙަ އެއްޗެއްކަމުގައި ބަލާނަމަ، އެ ނިންމުމަށް ވާސިލުވިގޮތް ސިވިލް ކ ޓުންވެސް އަދ ދިވެހިރާއްޖޭގ ހައިކޯޓުންވެސް ބަޔާންކޮށްދީފައިނުވާކަނ.
9.2 ނަލަހިޔާއިން އެ ބުނާ މުދާ ޑެފްނޭއަށް ނުލިބޭކަމުގައި ޑެފްނޭއިން ބުނާއިރު،އަދި ޑެލިވަރީ ނޯޓުގައި ސޮއިކޮށަ ފައިވަނީ ޑެފް ނގެ މުވައްޒަފުން ނޫންކަމަށާއި، ނުވަތަ ޑެފްނޭއ ގުޅާ ބައެއް ނޫންކަމް ށ ޑެފްނޭއިން ބުނާއިރު، މިކަމުގެ ޙަޤީޤަތަކީ ކޮބައިކަމާމެދު ސިވިލް ކޯޓުންވެސް އަދި ހައިކޯޓުންވެސް ވަކި ގޮތެއް ކަނޑައަޅާފައިނުވާކަން. މިއީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2021/SC-A/23 ޤަޟިއްޔާގެ "ޝަރީޢަތް ނިމުނުގޮތް"ގެ 22 ވަނަ ނުކުތާއިން 32 ވަނަ ނުކުތާގައި ފާހަގަކޮށްފައިވާ ކަންކަމެވެ.
9.3 މުދާތައް ބަރުކޮށްފައިވަނީ ޑެފްނޭއިން ތިލަފުއްޓަށް ފޮނުވި ދޯންޏަކަށްކަމަށާއި، އަދި ޑެލިވަރީ ނޯޓުގައި ސޮއިކުރީ އެ ދޯނީގެ ފަރްތުންކަމަށ ނަލަހިޔާއިން ބުނާއިރު، ޝަރީޢަތުގައި މިކަމުގައި ޙަޤީޤަތް ބަލާފައިނުވާކަން.
9.4 މ މައްސަލައިގައި ދެ ފަރާތުގީދެމެދު ވިޔަފް ރ ގެ މުޢާމަލާތެއް ހިނގާފައިވާކަމަށް ނަލަހިޔާގެ ފަރާތުނ ބުނާއިރު،ދަށު ކޯޓުނު މައްސަލް ބެލުމުގެ ތެރޭގައި މައްސަލައިގެ ވާޤިއާތއ ކަށަވަރުކޮށްފައާ ނުވާކަމަށާއި، އަދި ކަށަވަރުނުވާ ވާޤިއާތައް ދިވެހިރާއްޖޭގްހައިކޯޓުންވެސް ކަށަވަރުކޮށްފައިނުވާކަނ.
9.5 މ މައްސަލައިގައި އިޝާރާތްކުރ މުދަލަކާ އެއްވެސް އިރެއްގައި ޑެފްނޭއިން ގެންގޮސްފައިވާ މުދަލެއްކަން ނުވަތަ ނޫންކަން ކަނޑައަޅަންޖެހޭކަނ.
9.6 ސިވި ލ ކޯޓުން ވާޤިއާތް އ ކަށަވަރުކުރުމެއްނެތި ޑެފްނޭއިން ފައިސާ ދައްކަންޖެހޭކަމަށ ކަނޑައަޅާފައިވާއިރު، ހައިކޯޓުން ޑެފްނޭގެ ފަރާތުން ދައްކާފައިވާ ބައެއް ވާހަކަތަކަށް ރިޢާޔަތްކުރުމެއްނެތި، އަނެއްބައި ވާހަކަތަކުން ދޭހަ ނެރެފައިވަނީ ޤާނޫނީ އުޞޫލުތަކާއި އެއްގޮތަށނޫންކަމަށާއި، އެހެނެ ޤާނޫނީ އުޞޫލަކީ ދަޢުވާއެއް ސާބިތުވާކަމަށް ކަނޑައަޅާނަމަ، އެ ފަދައިން ކަނޑައެޅޭނީ މައްސަލައިގްވާޤިއާތއ ކަށަވަރުކޮށްގެންކަން.
10މިކަންކަމުގެ މައްޗަށް ސިވިލް ކޯޓުގެ ނަންބަރ 699/Cv-C/2017 ޤަޟިއްޔާއާއި، ހައިކޯޓުގެ ނަންބަރު 2018/HC-A/342 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަކީ ބާޠިލު ޙުކުމެއްކަމުގައި ކަނޑައަޅައި، މި މައްސަލަ އަލުން ބެލުމަށްޓަކައި ދިވެހިރާއްޖޭގެ ހައިކޯޓަށް މައްސަލި ތަޙުވީލުކޮށްފައިވެއެވެ. އަދެއަންނަނިވި ކަންކަން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ބަޔާންކޮށްފައިވެއެވ. މިއީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2021/SC-A/23 ޤަޟިއްޔާގެ "ޝަރީޢަތް ނިމުނުގޮތް"ގ 33 ވަނަ ނުކުތާއިން ފެށިގެން 36 ވަނަ ނުކުތާގައި ބަޔާންކޮށްފައިވާ ކަންކަމެވެ.
10.1 މި މައްސަލަދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުނ ފައިސަލާކޮށްފައިވަނ ނަލަހިޔާގެ ފަރާތުން މުދާތަކެއް ފޯރުކޮށްދީ، އެ މުދަލަށްވ ފައިސާ ނުލިބޭކަމަށް ބުނާ ދަޢުވާގައި ގޮތެއް ކަނޑައެޅުމަށްޓަކައި، އަންނަނިވި ކަންކަމާމެދު ޝަރީޢަތުން ގޮތެއް ކަނޑައަޅަންޖެހޭކަމުގައެވެ. )1( މ މައްސަލައިގައި ހިމެނޭ މުދާތައ ހޯދުމަށް ނަލަހިޔާ ކިބައިން ޑެފްނޭ އެދިފައިވޭތޯ )2( އެ މުދަލެއް ޑެފްނޭއަށް ލިބިފައިވޭތޯ )މި ނުކުތައާމެދ ގޮތެއު ކަނޑައަޅާއިރު މުދާ ޑެފްނޭއާ ހަވާލުކުރުމަށް ދޯންޏަކަށް އެރުވިކަމަށ ނަލަހިޔާއިން ބުނާއިރު، އެކަން ސާބިތުވާކަން ނުވް ތ ނޫންކަން، އަދި މުދާ ދޯންޏަށް އެރުވުމަށްފަހު ދެން އެ މުދަލަށް ވީ ގޮތް، އަދި ޤާނޫނީ ގޮތުނ އެ މުދަލަށް ޒިންމާވާނެ ފަރާތް އަދި ފައިސާ ދައްކަންޖެހޭ ފަރާތް( )3( މުދާ ލިބިފައިވާނަމަ ފައިސާ ދައްކާފައިވޭތޯ
10.2 ދަށް ކޯޓަށު ހުށަހެޅުން ހެކީގެ އިތުރުން، މި މައްސަލައާ ގުޅޭ އިތުރު ކަންކަން ސާބިތުކުރުމަށް ޚަޞްމުންނަށ ހެކް ހުށަހެޅުމަށް ފުރުޞަތު ދިނުމާއެކު، ދިވެހިރާއްޖޭގެ ހައިކޯޓުން މިމައްސަލައިގ ދަޢުވާ ސާބިތުވާކަން ނުވަތަ ނޫންކަން ކަނޑައަޅަންޖެހނެކަމުގައެވެ.
10.3 މި މައްސަލައަކީ ހައިކޯޓުން ބަލަންޖެހޭމައްސަލައެއްކަމުގައް ދ ކޭ ސަބަބަކީ ދަޢުވާ ސާބިތުވާކަން ނުވަތެ ނުވާކަން ކަނޑައެޅުމަށް ބޭނުންވާ ވަރަށް ސިވިލް ކޯޓުގައިވެސް އަދ ދިވެހިރާއްޖޭގެ ހައިކޯޓުގައިވެސް އެކަށީގެންވާ ޝަރީޢަތެއް ކޮށްފައިނުވުމުން، މައްސަލައިގެ ވާޤިއީ ކަށަވަރުކުރުމެއްނެތި، ދަޢުވާ ސާބިތުވާކަން ނުވަތަ ނުވާކަން މި މަރުޙަލާގައި ކަނޑައެޅޭނެ ނެތުމުންކަމުގައެވެ.
10.4 މި މައްސަލައަކީ މި ޤަޟިއްޔާގައ ފާހަގަކުރެވިފައިވާ ދާއިރާގެ ތެރެއިން ގޮތެއް ކަނޑައެޅުމަށްޓަކައި ޤާނޫނު ނަންބަރ 2010/22 )ދިވެހިރާއްޖޭގު ކޯޓުތަކުގެ ޤާނޫނ( ގެ 18 ވަން މާއްދާގަ )ށ( ގެ ދަށުން ދިވެހިރާއްޖޭގެ ހައިކޯޓަށް ތަޙުވީލުކުރަންޖެހ މައްސަލައެއްކަމުގައެވެ.
ޝަރީޢަތަށް ފާހަގަކރެވު ކަންކަން
11މ މައްސަލައިގައި ހިމެނޭ ޚުޞޫމާތުގެ މައްޗަށް ބިނާކޮށް، 2016 ވަނަ އަހަރުނަލަހިޔ އިނާ ޑެފްނޭގެ މައްޗަށް ސިވިލް ކޯޓަށު ހުށަހެޅި މައްސަލަ ސިވިލް ކޯޓުގެ ނަންބަރ 2660/Cv-C/2016 ޤަޟިއްޔާއިން ބެލުނެވެ. އެ މައްސަލީ އިގައ ދަޢުވާކުރި ފަރާތްކަމުގައިވ ނަލަހިޔާގެ ފަރާތުން ކޯޓަށް ޙާޟިރުވެފައިނުވާތ މައްސަލަ ބާޠިލުކޮށްފައިވާކަން އެ ޤަޟިއްޔާގެ ޙުކުމުން އެނގެއެވެ. ނަލަހިޔާގެ ފަރާތުނ ސިވިލް ކޯޓަށް 13 ޑިސެންބަރު 2017 ގައި ހުށަހެޅި މައްސަލައިގެ ދަޢުވާ ފޯމުގައި "ގުޅުން ހުރް މައްސަލަތައް" ބަޔާންކުރަން އޮތް ބައިގައި ސިވިލް ކޯޓުގެ ނަންބަރ 2660/Cv-C/2016 ޤަޟިއްޔާ ބަޔާންކޮށްފައިވެއެވެ. އެހެނަސް، މި މައްސަލައާ ގުޅޭ އެއްވެސް ލިޔުމެއް ނުވަތަ މައްސަލައިގެ ރިޕޯޓެއަނަލަހިޔާގެ ފަރާތުން ހުށަހަޅާފު އިވާކަނ އެނގެން ނެތެވެ. ސިވިލް ކޯޓުގެ ނަންބަރ 699/Cv-C/2017 ޤަޟިއްޔާގަ ޑިސްޕިއުޓް ރިޒޮލިއުޝަން ޑިވިޜަންގައި ނަލަހިޔާގެ ފަރާތުން ކުރީގެ މައްސަލަ ބާޠިލުވި އިރު އޮތް ހިސާބުން މައްސަލަ ކުރިއަށ ގެންދަން ބޭނުންވާކަމަށް ބުނފައިވެއެވަ.އަދި ޑެފްނޭގެ ފަރާތުންވެސް ކުރީގެ މައްސަލައިގައި ހުށަހެޅިފައިވާ އެންމެހާ ލިޔެކިޔުންތކަށާއި ދައްކާފައިވާ ވާހަކަތަކަށް ރިޢާޔަތްކުރުމަށް ޑެފްނޭގެ ފަރާތުންވެސް އެދިފައިވެއެވެ.އެހެނަސް، އެ މައްސަލައާ ގުޅޭ އެއްވެސް ލިޔެކިޔުމެއް ޑެފްނޭގެ ފަރާތުންވެސް ހުށަހަޅާފައެއް ނުވެއެވެ.
12ސިވިލް ކޯޓުގެ ނަންބަރު 699/Cv-C/2017 ޤަޟިއްޔާ ފައިސަލާކުރުމުގައި ސ ވިލް ކޯޓުގައި ބެލުނު އ ކޯޓުގެ ނަންބަރ 2660/Cv-C/2016 ޤަޟިއްޔާއަށް ރިޢާޔަތްކޮށްފައިނުވާކަން އެނގެއެވެ. ސިވިލް ކޯޓުގެ ސިވިލް ކޯޓުގެ ނަންބަރު 699/Cv-C/2017 ޤަޟިއްޔާ ސިވިލް ކޯޓުގެ ނަންބަރު 699/Cv-C/2017 ޤަޟިއްޔާގެ "ޑިސްޕިއުޓް ރިޒޮލިއުޝަން ޑިވިޜަން"އަށް ނަލަހިޔާގެ ފަރާތުން 91 ފެބުރުވަރީ 2017 ގައި ދީފައިވާ ބަޔާން ސިވިލް ކޯޓުގެ ނަންބަރު 699/Cv-C/2017 ޤަޟިއްޔާގައި ޑެފްނޭގެ ފަރާތުން 12 ޖޫން 2017 ގައި ހުށަހަޅާފައިވާ "ޑެފްނޭ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހުށަހަޅާ ފުރަތަމަ ބަޔާން" ގ 1 ވަނަ ނަންބަރާއި 2 ވަނަ ނަންބަރުގައި މިފަދައިން ބަޔާންކޮށްފައިވެއެވެ. ނަންބަރު 2660/Cv-C/2016 ޤަޟިއްޔާއަކީ ނަލަހިޔާގެ ފަރާތުން ޑެފްނޭގެ މައްޗަށް ހުށަހެޅި މައްސަލައެއްކަމުގައިވާއިރު، އެ މައްސަލަ ސިވިލް ކޯޓުނ ބާޠިލުކޮށްފައިވަނީ ނަލަހިޔާގެ ފަރާތުން ކޯޓަށް ޙާޟިރުނުވުމުންނެވެ. ސިވިލް ކޯޓުގެ ނަންބަރު 2660/Cv-C/2016 ޤަޟިއްޔާގައި ހުށަހަޅާފައިވާ ލިޔެކިޔުންތަކަށާއި އަދި ދައްކާފައިވާ ވާހަކަތަކަށް ރިޢާޔަތްކޮށްފައިނުވާކަން އެނގެން ސިވިލް ކޯޓުގެ ނަންބަރ 699/Cv-C/2017 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލުމުން، ޤަޟިއްޔާއާ ގުޅޭ ލިޔެކިޔުންތަކުގެ ތެރޭގައި އެ ޤަޟިއްޔާއާ ގުޅޭ އެއްވެސް ލިޔުމެއް ނެތުމުންނެވެ. ސިވިލް ކޯޓުގެ ނަންބަރ 699/Cv-C/2017 ޤަޟިއްޔާގެ ނިންމުން މަހުދޫދުވެފައިވަނީ ސިވިލް ކޯޓުގެ ނަންބަރ 699/Cv-C/2017 ޤަޟިއްޔާއާ ގުޅިގެން ދައްކާފައިވާ ވާހަކަތަކަށާއި ހެއްކަށެވެ. އަދި މައްސަލައިގައި ގޮތެއް ކަނޑައަޅާފައިވަނީ ސިވިލް ކޯޓުގެ ނަންބަރ 699/Cv-C/2017 ޤަޟިއްޔާގެ މައުޟޫޢުގެ ތެރެއިން ޚަޞްމުން ހުށަހެޅި ކަންކަމުގެ މައްޗަށް އެކަނިކަން އެ ރިޕޯޓަށް ބެލުމުން އެނގެއެވެ. ސިވިލް ކޯޓުގެ ނަންބަރ 2660/Cv-C/2016 ޤަޟިއްޔާގައި ހެކިން ހުށަހަޅާފައިވީނަމަވެސް، އަދި އިތުރު ވާހަކަތައް ދައްކާފައިވީނަމަވެސް، އެއަށް ރިޢާޔަތްކޮށްފައިނުވާކަން ސިވިލް ކޯޓުގެ ނަންބަރު 699/Cv-C/2017 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލުމުން އެނގެއެވެ.
13HN1ދަޢުވާކުރާ ފަރާތް ޙާޟިރުނުވެގެން ނުވަތަ އެ ނޫންވެސް ސަބަބަކާހުރެ މައްސަލަ ބާޠިލުކުރުމަށްފަހު، އަލުން އެ މައްސަލައެއް ކޯޓަށް ހުށަހެޅޭ ޙާލަތުގައި ކުރީގެ މައްސަލަ ގޮސްފައިވާ ހިސާބުން މައްސަލަ ކުރިއަށް ގެންދަން ބޭނުންވާކަމަށުޚ ޞްމުން އެދެފިނަމަ އެކަމާމެދު ޝަރީޢަތުން ކަނޑައެޅި ގޮތް ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން އެނގެން އޮންނަންވާނެއެވެ. މި މައްސަލައިގައި ކަންވެފައިވާ ގޮތަށް ބަލާއިރު، ކުރީގެ މައްސަލީ ގޮސްފައިވާ ހިސާބުން މައްސަލަ ކުރިއަށް ގެންދިޔުމަށް ޚަޞްމުންގެ ފަރާތުން އެދިފައިވީނަމަވެސް، މައްސަލައިގް ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގައި އެކަމާމެދު ޝަރީޢަތުން ނިންމި ގޮތެއް ބަޔާންކޮށްފައިނުވެއެވެ. ފެންނަން އޮތް ޙަޤީޤަތަކީ، ސިވިލް ކޯޓުގެ ނަންބަރ 2660/Cv-C/2016 ޤަޟިއްޔާއަށް އެއްވެސް މިންވަރަކަށް ރިޢާޔަތްކޮށްފައިނުވާކަމެވެ.
14މި މައްސަލަ، ސިވިލް ކޯޓުގައި ކުރިއަށްގޮސް، މައްސަލައިގައި ގޮތެއް ކަނޑައަޅާފައިވަނީ މައްސަލައިގެ ވާޤިއާތއ ކަށަވަރުކުރުމެއްނެތިކަމަށާއި، އަދި ދިވެހިރާއްޖޭގެ ހައިކޯޓަށް މި މައްސަލަ ހުށަހެޅުމުން ބައެއް ކަންކަމަށް ރިޢާޔަތްކޮށްފައިނުވުމުގެ ސަބަބުން، މައްސަލައިގައ ވާޤިއާތައް ކަށަވަރުވެފައިނުވާތާ، ތަޙުވީލުކުރެވިފައިމިވ މައްސަލަ ބެލުމުގައި ޝަރީޢަތުން 03 )ތިނެއް( ކަމެއް ކަށަވަރުކުރަންޖެހޭ ކަމުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އިރުޝާދުން އެނގެއެވެ.
15އެކަންކަމަކީ؛ )1( މ މައްސަލައިގައި ހިމެނޭ މުދާތައ ހޯދުމަށެ ނަލަހިޔގާ ކިބައިން ޑެފްނޭ އެދިފައިވޭތޯ، )2( އެ މުދަލެއް ޑެފްނޭއަށް ލިބިފައިވޭތޯ )މި ނުކުތައާމެދ ގޮތެއު ކަނޑައަޅާއިރު މުދާ ޑެފްނޭއާ ޙަވާލުކުރުމަށޫ ދޯންޏަކަށް އެރުވިކަމަށ ނަލަހިޔާއިން ބުނާއިރު، އެކަން ސާބިތުވާކަން ނުވަތަ ނޫންކަން، އަދި މުދާ ދޯންޏަށް އެރުވުމަށްފަހު ދެން އެ މުދަލަށް ވީ ގޮތް، އަދި ޤާނޫނީ ގޮތުނ އެ މުދަލަށް ޒިންމާވާނެ ފަރާތް އަދި ފައިސާ ދައްކަންޖެހޭ ފަރާތް(، )3( މުދާ ލިބިފައިވާނަމަ ފައިސާ ދައްކާފައިވޭތޯ، މިއެވެ.
16މިކަންކަމާއި މެދު ގޮތެއް ކަނޑައެޅުމުގައި، ސިވިލް ކޯޓަށް މި މައްސަލަ ހުށަހެޅިއިރު، ނަލަހިޔާއާއި ޑެފްނޭއާ ދެމެދު ކުރެވުނު މުޢާމަލާތާއި ގުޅިގެން ދަޢުވާ ބިނާކޮށްފައިވާ އަސާސާއި، ކުރިމަތިކުރުވި ދަފްޢާއި، ދ ފަރާތުން ވާހަކަދައްކާފައިވާ ދާއިރާއާއި އަދި ޝަރީޢަތުން ކަށަވަރުކޮށްފައިވ ކަންކަނާ ދެނެގަތުން މުހިންމެވެ. މި މައްސަލައިގައި ހިމެނޭ މުދާތައ ހޯދުމަށް ނަލަހިޔާ ކިބައިން ޑެފްނޭ އެދިފައިވޭތ
17ނަލަހިޔާއިން ސިވިލް ކޯޓަށް މައްސަލް ހުށަހަޅާފައިވަނީނަލަހިޔާއިނ ޑެފްނޭއަށް ފޯރުކޮށްދީފައިވޭ މުދަލަށް ޑެފްނޭ ދައްކަންޖެހޭ 611,620/-ރ. )ހަލައްކަ އެގާރަހާސް ހަސަތޭކަ ވިހި ރުފިޔާ( ލިބިފައިނުވާތީ މި ފައިސް ހޯދުމަށާއި، މި ފައިސާ ދައްކާފައިނުވާތީ އިންވޮއިސްގައިވާ ފަދައިން ޖޫރިމަނާގެ ފައިސާ ހޯދުމަށްކަން އެނގެއެވެ. މި މުދަލަށް ޑެފްނޭގެ ފަރާތުން އެދުނުކަން ސާބިތުކުރުމަށް ނަލަހިޔާގެ ފަރާތުން ޕާރޗޭސް އޯޑަރެއް ހުށަހަޅާފައިވެއެވެ. 06 ޖަނަވރަ 2014 ގެ ތާރީޚުގައިވާ މި ޕާރޗޭސް އޯޑަރަކީ ޑެފްނޭގެ ލެޓަރ ހެޑްގައި ތައްޔާރުކޮށް، ޑެފްނޭގެ ތައްގަނޑުޖަހާފައިވެ ޕާރޗޭސް އޯޑަރަކަށްވާއިރު، ރައްދުވާ ފަރާތެއްގެ ގޮތުގައް "ނަލަހިޔާ ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑް" ޖަހާފައިވެއެވެ. ޑެފްނޭއިނިބޭނުންވާ މުދާތަކާއި، ބޭނުންވާ އަދަދާއަ،އޭގެ ރޭޓާއި، ޓެކްސްގެ އަދަދާއި، އަދި ކޮންމެ މުދަލަށްވާ ޖުމްލަ ފައިސާގެ އަދަދާއިއެކު، މުދާތަކުގެ ޖުމްލަ އަގު މި ޕާރޗޭސް އޯޑަރުގއި ލިޔެފައިވެއެވެ.
18މި ޕާރޗސޭ އޯޑަރާއި ގުޅޭ ގޮތުން ޑެފްނޭގެ ފަރާތުން ބުނެފައިވަނީ ނަލަހިޔާއިން ކޮށްފައިވް ދަޢވާއަށ އިންކާރުކުރާކަމަށާއި، ޑެފްނޭއަކީ ނަލަހިޔާގެ ފަރާތުން އެކި ފަހަރުމަތިން މުދާ ގަނެ ވިޔަފާރިކޮށްފައިވާ ފަރާތެއްކަމަށާއި، އަބަދުވެސް މުދާ ގެންނަނީ މުދަލަށް ދައްކަންޖެހޭ ފައިސ ދެއްކުމަށްފަހުގައިކަމެވެ.
19އަދި ހަމައެއާއެކު، ޑެފްނޭއިން އެއްވެސް އިރެއްގައި ޕާރޗޭސް އޯޑަރެއް ނުފޮނުވާކަމަށާއި، ނަމަވް ސ ޑެފްނޭއިނ ގަންނަން ބޭނުންވާ އައިޓަމްތައ ދުރާލަ ތައްޔާރުކުރުމަށް ފޮނުވާ ލިސްޓެއް ފޮނުވާކަމަށާއި، އެހެންކަމުން، ދަޢުވާއާއެކު ހުށަހަޅާފައިވާ ޕާރޗޭސް އޯޑަރެއްކަމަށ ބުން ހުށަހަޅާފައިވާ ލިޔުމަކީވެސް އެފަދަ ސިވިލް ކޯޓަށް ނަލަހިޔާގެ ފަރާތުން ހުށަހަޅާފައިވާ "މުދަލާއި ފައިސާއާބެހޭ ކުދި މައްސަލަތަކާއި އަވަސްނިޔާގެ މައްސަލަތައް ބަލާ ޑި ވިޜަނަށ މައްސަލް ހުށަހަޅަ ފޯމް"ގ 7 ވަނަ ނަންބަރާއި، 9 ވަނަ ނަންބަރުން މިކަން އެނގެއެވެ. ސިވިލް ކޯޓަށް ނަލަހިޔާގެ ފަރާތުން ހުށަހަޅާފައިވާ "މުދަލާއި ފައިސާއާބެހޭ ކުދި މައްސަލަތަކާއި އަވަސްނިޔާގެ މައްސަލަތައް ބަލާ ޑިވިޜަނަށް މ އްސަލަ ހުށަހަޅާ ފޯމް"ގ 10.1 ވަނަ ނަންބަރު ޑެފްނޭގެ ފަރާތުން ސިވިލް ކޯޓަށް ހުށަހަޅާފައިވާ "ވިޔަފާރިއާބެހޭ ބަޔަށް ހުށަހަޅާ ދަޢުވާއާއި މައްސަލައިގެ ޖަވާބު ހުށަހަޅާ ފޯމު"ގެ 6 ވަނަ ނަންބަރާއި، 7.1 ވަނަ ނަންބަރުން މިކަން އެނގެއެވެ. އެއްޗަކަށް މެނުވީ ނުވާނެކަމަށާއި، ސަބަބަކީ އެ ޕާރޗޭސް އޯޑަރުގައި ޑެފްނޭގެ ނަމުގައި ޗެކް ހަދާވިހަކާ ލ ޔެފައިވާތީކަމަށާއި، މިއީ ޢާންމުކޮށް އިންވޮއިސްތަކުގައި ލިޔެފައިވާ އިބާރާތަކަށްވާތީކަމަށާއި، ނަލަހިޔާގެ ފަރާތުން ހުށަހަޅާފައިވާ މި ލިޔުމަކީ )ޕާރޗޭސް އޯޑަރަކީ( ޑެފްނޭއިން ފޮނުވާފައިވާ ޕަރޗޭސް އޯޑަރެއްނޫންކަމުގައި ޑެފްނޭގެ ފަރާތުން ބުނެފައިވެއެވެ.
20މިއަށް ރ އްދަ ދެމުން ނަލަހިޔާގެ ފަރާތުން ބުނެފައިވަނީ ޑެފްނޭގެ ފަރާތުން މުދަލަށް އެދި ފޮނުވާފައިވާ ޕާރޗޭސް އޯޑަރަކީ ޞައްޙަ ލިޔުމެއްނޫންކަމަށް ސާފު ބަހުން އިންކާރުކުރުމުގެ ބަދަލުގައި، ޑެފްނޭގެ ފަރާތުނ މަސައްކަތްކޮށްފައިވަނީ ޕާރޗޭސް އޯޑަރާއި މެދު ޝައްކު އުފެއްދުމަށް ކަމުގައެވެ. އެހެނަސް، ފެންނަން އޮތީ މުދަލާއި ޙަވާލުވި ފަރާތުގެ ސޮޔާއި ޕާރޗޭސް އޯޑަރުގައިވާ ސޮޔާއި ދިމާވާކަނ ކަމުގައް ނަލަހިޔާގެ ފަރާތުނާ ބުނެފައިވެއެވެ.
21މުދާ ހޯދުމަށް ފޮނުވާފައިވާ ޕާރޗޭސް އޯޑަރު ކަމަށް ބުނާ ލިޔުމުގައި ހުރި ސުވާލު އުފެދޭކަންކަން ޑެފްނޭގެ ފަރާތުން ބަޔާންކޮށްފައިވާކަމަށާއި، ޕާރޗޭސް އޯޑަރެއް ކަމުގައި ޖެހިފައިވީނަމަވެސް، އެއީ ދުރާލާ މުދާ ރެޑީ ކުރުމަށް ފަސޭހަވާނެހެން ފޮނުވާފައިވާ ލިޔުމެއް ކަމުގައި ޑެފްނޭގެ ފަރާތުން ފާހަގަކޮށްފައިވާއިރު، ޕރޗޭސާ އޯޑަރަކީ ޕާރޗޭސް އޯޑަރެއްނޫނކަމަށާއި، އެހެނަސް އެއީ ފަސޭހައަކަށް ފޮނުވާފައިވާ ނޯޓެއްކަން ދޭހަކޮށްދިނުމަށް ޑެފްނޭއިން މަސައްކަތްކުރިނަމަވެސް، އެއީ ޕާރޗޭސް އޯޑަރެއްކަން އެ ލިޔުމުން އޮޅުމެއްނެތި އެނގޭނެ ކަމުގައި ނަލަހިޔާގެ ފަރާތުން ބުނެފައިވެއެވެ. ޑެފްނޭގެ ފަރާތުން ސިވިލް ކޯޓަށް ހުށަހަޅާފައިވާ "ވިޔަފާރިއާބެހޭ ބަޔަށް ހުށަހަޅާ ދަޢުވާއާއި މައްސަލައިގެ ޖަވާބު ހުށަހަޅާ ފޯމު"ގެ 7.5 ގައި މިފަދައިން ބަޔާންކުރެއެވެ. ނަލަހިޔާގެ ފަރާތުން 13 އެޕްރީލް 2017ގައި ހުށަހަޅާފައިވި "ދަޢުވާކުރާ ފަރާތުން ހުށަހަޅާ ބަޔާން"ގެ 3 ވަނަ ނަންބަރު ޑެފްނޭގެ ފަރާތުން 12 ޖޫން 2017 ގައި ހުށަހަޅާފައިވާ "ޑެފްނޭ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހުށަހަޅާ ފުރަތަމަ ބަޔާން"ގ 9 ވަނަ ނަންބަރާއި 21 ފެބުރުވަރީ 2018ގައި ހުށަހަޅާފައިވި "ޑެފްނޭ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހުށަހަޅާ ހުލާސާ ބަޔާން"ގެ 11 ވަނަ ނަންބަރު ނަލަހިޔާގެ ފަރާތުން 21 ފެބުރުވަރީ 2018 ގައި ހުށަހަޅާފައިވާ "ދަޢުވާކުރާ ފަރާތުގާ ޚުލާޞާ ބަޔާން"ގ 6 ވަނަ ނަންބަރު
22ޕާރޗޭސް އޯޑަރާއި ގުޅޭ ގޮތުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރ 2018/HC-A/342 ޤަޟިއްޔާގައި ޑެފްނޭގެ ފަރާތުން ބުނެފައިވަނީ ޕާރޗޭސް އޯޑަރަކީ ނުވަތަ ރިކުއެސްޓް ފޯ ކޯޓޭޝަނަކީ މުދާ ހުރިތޯ ބެލުން ނުވަތަ މުދާ ވިއްކަން އެދުންކަމަށްވާއިރު، މުދާ ވިއްކުމަށް އެދޭ ކޮންމެ ފަހަރަކީ މުދާ ވިއްކާ ފަރާތުން އެ މުދާ ގަތްކަނ ނުވަތް ސަޕްލައިކޮށްދިންކަން ސާބިތުކުރެވޭނެކަމެއ ނޫން ކަމުގައެވެ.
23ޕާރޗޭސް އޯޑަރާއި ގުޅޭ ގޮތުން ދެކެވިފައިވާ ވާހަކަތަކަށް ބަލާއިރު،މި ޕާރޗޭސް އޯޑަރާއި ގުޅޭގތުނޮ ޑެފްނޭގެ ފަރާތުން ތަފާތު ގޮތްގޮތަށް ވާހަކަ ދައްކާފައިވާކަން ފާހަގަވެއެވެ.ޑެފްނޭއިން އެއްވެސް އިރެއްގައި ޕާރޗސާއޯޑަރެއް ނުފޮނުވާކަމަށާއި، ޑެފްނޭއިން ގަންނަން ބޭނުންވާ އައިޓަމްތައް ދުރާލްތައްޔާރުކުރުމަށް ފޮނުވާ ލިސްޓެއް ފޮނުވާކަމުގައި ޑެފްނޭގެ ފަރާތުން ސިވިލް ކޯޓުގެ ނަންބަރު 699/Cv-C/2017 ޤަޟިއްޔާގަ ދަޢުވާގެ ޖަވާބުގައި ބުނެފައިވެއެވެ. އޭގެ ފަހުން ޑެފްނޭގެ ފަރާތުން ދައްކާފައިވާ ވާހަކަތަކުން ނަލަހިޔާގެ ފަރާތުން ހުށަހަޅާފައިވާ ޕާރޗޭސް އޯޑަރާއި މެދު ސުވާލު އުފެދޭ ގޮތަށް ވާހކެ ދައްކާފައިވެއެވެ. ދިވެހިރާއްޖޭގު ހައިކޯޓުގެ ނަންބަރ 2018/HC-A/342 ޤަޟިއްޔާގައި ޑެފްނޭގެ ފަރާތުން ބުނެފައިވަނީ ޕާރޗޭސް އޯޑަރަކީ )ނުވަތަ ރިކުއެސްޓް ފޯ ކޯޓޭޝަނަކީ( މުދަލުގެ މުޢާމަލާތް ފުރިހަމަކޮށްފައިވާކަނ ދަލާލާތުކޮށްދޭ ކަމެއް ނޫނެވެ.
24HN2މޭ ޕާރޗޭސް އޯޑަރެއާ ގުޅި ގޮތުން މި ޝަރީޢަތުން ސުވާލުކުރުމުން، ޑެފްނގ ފަރާތުން ބުނެފައިވަނީ ޑެފްނޭގެ ފަރާތުން ޕާރޗޭސް އޯޑަރު ފޮނުވިކަމާމެދު އެއްވެސް މަރުޙަލާއެއްގައި އިންކާރުކޮށްފައިނުވާނެކަމަށާއި، ނަމަވެސް ޑެފްނޭގެ ފަރާތުން އިންކާރުކޮށްފައިވަނީ ނަލަހިޔާއިން ފޮނުވިކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2018/HC-A/342 ޤަޟިއްޔާގެ އިސްތިއުނާފު ފޯމުގެ 8.1.1 ނަންބަރު ބުނާ މުދާ ފޮނުވާފައިވާކަމާމެދުކަމަށާއ އަދި ޑެލިވަރީ ނޯޓުގައި ސޮއިކޮށްފައިވާ ފަރާތަކީ ޑެފްނޭއާ އެއްވެސް ގުޅުމެއް ނުވާ ފަރާތްތަކެއްކަމަށެވެ.
25އެހެންކަމުން، މި ޚުޞޫމާތުގައި ހިމެނޭ މުދާތައް ހޯދުމަށް ޑެފްނޭގެ ފަރާތުން އެދުނުކަން ޑެފްނޭގެ އިޢުތިރާފުން އެނގ ނ އޮތަތީ، މި ނުކުތާ ޝަރީޢަތަށް ސާބިތުވެއެވެ. މ މައްސަލައިގައި ހިމެނި މުދާތައ ޑެފްނޭއަށް ލިބިފައިވޭތޯ
26މި ނުކުތާގައި ނަލަހިޔާގެ ފަރާތުން ބުނެފައިވަނީ ޕާރޗޭސް އޯޑަރާއި އެއްގޮތަށް 2014 ވަނަ އަހަރުގެ ޖަނަވަރީ 06 އަދި 12 ވަން ދުވަހު ޑެފްނޭއަށް މުދާތައް ފޯރުކޮށްދީފައިވާކަމުގައެވެ. މިކަން ސާބިތުކުރުމަށް ޑެލިވަރީ ނޯޓަކާއި އިންވޮއިސް ނަލަހިޔާގެ ފަރާތުން ހުށަހަޅާފައިވެއެވެ.
27ނަލަހިޔާގެ ފަރާތުން ނަލަހިޔާގެ ލެޓަރހެޑްގައި 02 )ދޭއް( ޑެލިވަރީ ނޯޓެއް ހުށަހަޅާފައިވެއެވެ. އެއީ 06 ޖަނަވަރީ 2014ގެ ތާރީޚުގައިވާ، “Sunreef Dhoani” ކެރިއަރގ ގޮތުގައެ ބަޔާންކުރާ، ޑެލިވަރީ ނޯޓު ނަންބަރ 1693، ޑެލިވަރީ ނަންބަރ 13696 ގެ 5 އައިޓަމެއް އެކުލެވޭ ނޯޓެކެވެ. މި ނޯޓާއި ޙަވާލުވެފައިވާ ފަރާތެއްގެ ގޮތުގައި "ޙަސަން" ކިޔާ ފަރާތެއްގެ ނަން ލިޔެ ސޮއިކޮށްފައިވާއިރު، އިތުރަށް ފޯނު ނަންބަރެއް ލިޔެފައިވެއެވެ. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 02/09-A-2022/HC ޤަޟިއްޔާއާ ގުޅިގެން 07 ފެބުރުވަރީ 2420 ގައި ބޭއްވުނު ޝަރީޢަތުގެ މަޖިލީހުގައި ޑެފްނޭގެ ފަރާތުން މިފަދައިން ބުނެފައިވެއެވެ. ނަލަހިޔާގެ ފަރާތުން ސިވިލް ކޯޓަށް ހުށަހަޅާފައިވާ ދަޢުވާ ފޯމާއެކު ޑޮކިއުމެންޓް 2 އަދި 3 ގެ ގޮތުގައި ހުށަހަޅާފައިވާ ޑެލިވަރީ ނޯޓާއި އިންވޮއިސް މި ޑެލިވަރީ ނޯޓުގެ ޑިސްކްރިޕްޝަންގައިވާ މުދާތަކަކީ Montana Cement Issued: 1400) (Quantity އާއި Duste Stan (Quantity Issued: 2000) އާއި Aggregate Malaysia (Quantity Issued: 1000) އާއި Deformed Bars 10mm (Quantity Issued: 800) އާއި Deformed Bars 16mm ty Issued: 300)(Quanti މިއެވެ.
2812 ޖަނަވަރީ 2014 ގެ ތާރީޚުގައިވާ ޑެލިވަރީ ނޯޓުގައި ކެރިއަރަކީ Sunreef Dhoni/Daphne Pvt ކަމާއި، ޑެލިވަރީ ނަންބަރަކީ NH3-2014.13696 ކަމުގައި ބަޔާންކުރެއެވެ. މި ޑެލިވަރީ ނޯޓުގައި ހިމެނެނީ 02 )ދޭއް( އައިޓަމެކެވެ.
29ނަލަހިޔާގެ ފީ ރާތުނ ހުށަހަޅާފައިވް އިންވޮއިސްއަށް ބަލާއިރު، މއ 06 ޖަނަވަރީ 2014 ގެ ތާރީޚަށް ނިސްބަތްކޮށް، NAL3/IFCS/14/2 ނަންބަރުގައިވާ "ޓެކްސް އިންވޮއިސް )ކްރެޑިޓް(" އެކެވެ. މި އިންވޮއިސްގައި ކަސްޓަމަރަކީ ޑެފްނޭ ކަމުގައި ބަޔާންކޮށފައިވާއިރު، 05 )ފަހެއް( އައިޓަމ ހިމަނާފައިވެއެވެ.
30ސިވިލް ކޯޓުގެ ނަންބަރު 699/Cv-C/2017 ޤަޟިއްޔާގައި ޑެލިވަރީ ނޯޓުތަކާއ އިންވޮއިސްތަކާއި ގުޅޭ ގޮތުން ޑެފްނޭގެ ފަރާތުން ބުނެފައިވަނީ ނަލަހިޔާގެ ފަރާތުން ހުށަހަޅާފައިވާ އިންވޮއިސްއަކީ ޑެފްނޭއަށް ލިބިފައިވާ އިންވޮއިސެއް ނޫންކަމަށާއި، އަދި ޑެލިވަރީ ނޯޓުގައިވާ ގޮތަށް ޑެލިވަރީ ކޮށްފައިވަނީ ޑެފްނޭއަށް ކަން އެނގެން ނެތްކަމަށާއި، މުދާ ރިސީވްކޮށްފައިވަނީވެސް ޑެފްނޭގެ ފަރާތުން ނޫން ކަމަށާއި، ޑެލިވަރީ ނޯޓުގައި ޑެފްނޭގެ ފަރާތުން ސޮއިކޮށްފައިނުވާކަމަށާއި،އަދި އެ ޑެލިވަރީ ނޯޓުގައި ޑެފްނޭގެ ފަރާތުން ސއިކޮށްފައިވާކަނ އެނގެން ނެތްކަމުގައެވެ.
31އިންވޮއިސްއާއި ޑެލިވަރީ ނޯޓާއި ގުޅޭ ގޮތުން އިސްވެ ބަޔާންކުރަނިވި ވާހަކަތައް ނޫން އިތުރު ވާހަކަތަކެއް ދެ ފަރާތުންވެސް ދައްކާފައެއްނުވެއެވެ. އިންވޮއިސްއާއި ޑެލިވަރީ ނޯޓު ލިބިފައިވާކަމަށް ޑެފްނޭގެ ފަރާތުނ މި ޑެލިވަރީ ނޯޓުގެ ޑިސްކްރިޕްޝަންގައިވާ މުދާތަކަކީ Aggregate (Quantity Issued: 1800) އާއި Corse Sand (Quantity Issued:
300) އެވެ. Aggregate – Malaysian, Cement – Montana -, Stone Dust (Corse), Deformed Bars 16mm*6Mtr, Deformed Bars 10mm*6Mtr ސިވިލް ކޯޓުގެ ނަންބަރު 699/Cv-C/2017 ޤަޟިއްޔާގައި ޑެފްނޭގެ ފަރާތުން ހުށަހަޅާފައިވާ ޖަވާބު ފޯމްގެ 7.2 ވަނަ ނަންބަރު ސިވިލް ކޯޓުގެ ނަންބަރު 699/Cv-C/2017 ޤަޟިއްޔާގައި ޑެފްނޭގެ ފަރާތުން ހުށަހަޅާފައިވާ ޖަވާބު ފޯމްގެ 7.6 ވަނަ ނަންބަރު ޑެފްނޭގެ ފަރާތުން 12 ޖޫން 2017ގައި ހުށަހަޅާފައިވި ބަޔާނުގެ 12 ވަނަ ނަންބަރު ޑެފްނޭގެ ފަރާތުން 12 ޖޫން 2017ގައި ހުށަހަޅާފައިވި ޚުލާޞާ ބަޔާނުގެ 14 ވަނަ ނަންބަރު އިންކާރުކުރާ ކުރުމަށް ނަލަހިޔާގެ ފަރާތުން ބުނެފައިވަނީ ޑެލިވަރީ ނޯޓުގައިވާ މުދަލާ ޙަވާލވު ފަރާތުގެ ސޮޔާއި ޕާރޗޭސް އޯޑަރުގައިވާ ބައެއް ސޮއިތައް ދިމާވާކަމަށާއި،މުދާ ޑެލިވަރީ ކޮށްފައިވާ ތާރީޚާއި އިންވޮއިސްގައިވާ ތާރީޚު ތަފާތުވުމަކީ ހައިރާންވާންޖެހޭކަމެއްނޫނީ ކަމަށާއި، އޭގެ ސަބަބަކީ އެއް އޯޑަރަށް ފޮނުވި މުދާ އެއާ ލޮރީ ނުވަތަ އެއް ދޯންޏެއްގައި ނުގެންދެވިގެން ތަފާތު އެކި ފަހަރު ޑެލިވަރީކުރުމަކ އާކަމެއްނޫންކަމަށާއި، މާލެ ގުދަންތަކުން މުދާ ހުސްވެގެން ތިލަފުށިން މުދާ ގެންނަންޖެހިއްޖެ ޙާލަތެއްގައި ޑެލިވަރީ ދުވަސް ތފާތުވެދާނެތީ ކަމުގައެވެ.
32މުދާ ޑެފްނޭއާ ޙަވާލުކުރުމުގަމަސައްކަތ ނަލަހިޔާއިން ކޮށްފައިވާގޮތާއ ގުޅި ގޮތުން ފުރަތަމަ ފަހަރަށްވެސް ނަލަހިޔާގެ ފަރާތުން ވާހަކު ދައްކާފައިވަނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރ 2018/HC-A/342 ޤަޟިއްޔާގެ އަޑުއެހުންތަކުގައެވެ. ސވިލި ކޯޓުގް ނަންބަރ 699/Cv-C/2017 ޤަޟިއްޔާގައި މުދާ ޑެލިވަރީ ކުރުމަށް ކުރި މަސައްކަތާއި ގުޅޭ އެއްވެސް ވާހަކައެއް ނަލަހިޔާއިން ދައްކާފައެއްނުވެއެވެ.
33މުދާ ޑެލިވަރީ ކުރުމުގެ މަސައްކަތްކުރިއަށް ގެންދިޔަ ގޮތް ތަފްޞީލުކުރަމުން ނަލަހިޔާގެ ފަރާތުން ދިވެހިރާއްޖގޭ ހައިކޯޓުގެ ނަންބަރ 2018/HC-A/342 ޤަޟިއްޔާގައ ބުނެފައިވަނި ޚަޞްމުންގެ މެދުގައި އޮންނަ ކްރެޑިބިލިޓީއަށް ބަލާފައި ޕާރޗޭސް އޯޑަރެއް ފޮނުވުމުން، ނަލަހިޔާގެ ފަރާތުން މުދާ ދޫކުރާކަމަށއި، މުދާ ދޫކުރާ ގޮތަކާ ޕާރޗޭސް އޯޑަރެއް ފޮނުވުމުން، އޭގެ ފަހުން ގުޅާ ވާހަކަ ދެއްކުމަށް ފަހު، ޑެފްނޭގެ މުދާ ވަކި ދޯންޏަކަށް ބަރުކުރުމަށް )ފޯނުން ކުރެވޭ މުޢާމަލާތުގައި( ޑެފްނޭގެ ފަރާތުން އަންގައި، އަދި އެ ދޯނީގެ ތަފްޞީލު )ދޯނީގެ ނަމާއި، ދޯނި އަންނާނެ ދުވަހެއް( ޑެފްނޭގެ ފަރާތުން ހިއްސާކުރުމުން، އެ ދޯނި ތިލަފުށި ބަނދަރަށް ކައިރި ކުރުމުން، ތިލަފުށީން މުދާ ބަރުކޮށްފައި ފޮނުވަނީ ކަމުގައި ނަލަހިޔާގެ ފަރާތުނ ނަލަހިޔާގެ ފަރާތުން 13 އެޕްރީލް 2017ގައި ހުށަހަޅާފައިވި ބަޔާނުގެ 3 ވަނަ ނަންބަރު ނަލަހިޔާގެ ފަރާ ތުނ 13 އެޕްރީލް 2017ގައި ހުށަހަޅާފައިވި ބަޔާނުގެ 6 ވަނަ ނަންބަރު ބުނެފައިވެއެވެ.މިގޮތުން ފޮނުވި ދޯންޏަކަށް މުދާ ބަރުކުރަން ފެށި ކަމަށާއި، ކަން ދިމާވި ގޮތުން އެ ދޯންޏަށް ހުރީހާ މުދަލެއް އެރުވޭ ގޮތް ނުވުމުން، )ހަނދާންވާގޮތުގައި( އޭގެ ތިން ހަތަރު ދުވަސް ފަހުން އެހެން ދޯންޏެއް ބަދަރަށް ކައިރި ކުރުމުން، މުދަލުގެ ބާކީ ހުރި ބައިތައް އެ ދޯންޏަށް އަރުވާ ނިންމު ކަމަށާއި، ޑެލިވަރީ ތަފާތުވީ މި ސަބަބަށްޓަކައި ކަމުގައި ނަލަހިޔާގެ ފަރާތުން ބުނެފައިވެއެވެ. އަދި މިކަމާ ގުޅޭ ގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރ 2018/HC-A/342 ޤަޟިއްޔާގެ އަޑުއެހުމުގައިއިތުރަށ ވާހަކަދައްކަމުނި މުދާ ބަރުކުރެވުނުއިރު، އެތަނުގައިނަލަހިޔާގ އިނެ ޗާރޖަކަށ ހުރް ފަރާތެއް ޝަރީޢަތުގައި ހެކިބަސް ދީފައި، ޑެލިވަރީ ނ ޓާއި ބެހޭގޮތުން ވާހަކަދައްކާފައި އޮތް ކަމގައު ނަލަހިޔާގެ ފަރާތުން ބުނިނަމަވެސް، ސިވިލް ކޯޓުގެ ނަންބަރ 699/Cv-C/2017 ޤަޟިއްޔާގައި ނަލަހިޔާގެ ފަރާތުން ހެއްކެއް ޙާޟިރުކޮށް، ހެކިބަސް އަދާކޮށްފައެއްނުވެއެވެ. މި މޭރުމުން ނަލަހިޔާގެ ފަރާތުން ދިވެހިރާއްޖޭގެ ހައު ކޯޓުގ ނަންބަރ 2018/HC-A/342 ޤަޟިއްޔާގައި ވާހަކަދެއްކިނަމަވެސް، މިއީ ސީދާކޮށްވެސް ނުދީސާކޮށްވެސް ސިވިލް ކޯޓުގ ނަންބަރ 699/Cv-C/2017 ޤަޟިއްޔާގައި ނަލަހިޔާގެ ފަރާތުން ދައްކާފައިވާ ވާހަކަތަކެއްނޫނެވެ.
34މީގެ އިތުރުން، ޑެފްނޭގެ ފަރާތުން ފައިސާ ނުލިބިވާތީ ނަލަހިޔާގެ ފަރާތުން ނޯޓިހެއް ފޮނުވާފައިވާކަން އެނގިފައިވާކަމަށާއި، ނޯޓިސް ޖަވާބު ފޯމާއިއެކު ހުށަހެޅިކަމުގައު ނަލަހިޔާގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރ 2018/HC-A/342 ޤަޟިއްޔާގެ އަޑުއެހުމުގައި ބުނެފައިވާއިރު،މި ނޯޓިހކަ ސިވިލް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2018/HC-A/342 ޤަޟިއްޔާގެ 25 އޮގަސްޓް 2020ގ އަޑުއެހުމުގެ މަޙްޟަރު ބަޔާނުގެ 6 ވަނަ ޞަފްޙާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2018/HC-A/342 ޤަޟިއްޔާގެ 52 އޮގަސްޓް 2020ގ އަޑުއެހުމުގެ މަޙްޟަރު ބަޔާނުގެ 68 ވަނަ ޞަފްޙާގެ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2018/HC-A/342 ޤަޟިއްޔާގެ 25 އޮގަސްޓް 2020ގ އަޑުއެހުމުގެ މަޙްޟަރު ބަޔާނުގެ 6 ވަނަ ޞަފްޙާގެ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2018/HC-A/342 ޤަޟިއްޔާގެ 25 އޮގަސްޓް 2020ގ އަޑުއެހުމުގެ މަޙްޟަރު ބަޔާނުގެ 7 ވަނަ ޞަފްޙާގެ ކޯޓުގެ ނަންބަރު 699/Cv-C/2017 ޤަޟިއްޔާގއަ ހުށަހަޅާފައިވި ނޯޓިހަކަށް ވީނަމަވެސްމިއީ އެ ޤަޟިއްޔާގެ ތެރެއިން ދެކެވިފައިވާ ވާހަކަތަކެއް ނޫނެވެ.
35HN3ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލަ ބެލުމުގެ އުޞޫލު ބަޔާންކުރަނީ ޤާނޫނު ނަންބަރ 2010/22 )ދިވެހިރާއްޖޭގ ކޯޓުތަކުގެ ޤާނޫނު( )މީގެ ފަހުން "ކޯޓުތަކުގެ ޤާނޫނު"( ގައެވެ. މިގޮތުން ކޯޓުތަކުގެ ޤާނޫނުގެ 32 ވަން މާއްދާގައިވަނީ ހައިކޯޓުން މައްސަލަ ބަލާނީ ދަށު ކޯޓުގައި ހުށަހެޅި ހެކިތަކާއި ދިފާޢުތަކަކީ އަސާސްކަމުގައި ބަލައިގެންކަމުގައެވެ. އެހެނަސް، ދަށު ކޯޓަށް ހުށަހެޅުމުގެ ފުރުޞަތު ލިބިފައިނުވާ ހެކި، އިސްތިއުނާފީ މަރުޙަލާގައި ހުށަހެޅުމަށް ހުރަސްނާޅާ ކަމުގައެވެ. ހައިކޯޓުގައަ އިސްތް އުނާފުކުރެވ މައްސަލޭ ބަލާ ފަނޑިޔާރުންނަށް، އެ މައްސަލަ ދަށު ކޯޓުގައި ބެލިއިރު، ނުބެލި ހުރި ކަންތައްތަކެއް ހުރިކަން ފާހެ ގަކުރެވިގެން، އެ މައްސަލަ އަލުން ބެލުމުގެ މަޞްލަޙަތްބޮޑުކަމަށް ފެނިއްޖެނަމަ، ދަށު ކޯޓުގައި އ މައްސަލަ ބަލަންޖެހޭ ޤާނޫނީ އުޞޫލުތައް ކަނޑައަޅައި، އެ މައްސަލަ ބެލުމަށޓަކައ، އެ މައްސަލަ ދަށު ކޯޓަށް ފޮނުވިދާނެކަމުގައި ކޯޓުތަކުގެ ޤާނޫނުގެ 32 ވަނަ މާއްދާގެ )ނ( ގައި ބަޔާންކުރެއެވެ.
36ހައިކޯޓަށް ހުށަހެޅިފައިވާ މައްސަލައަކީ، ދަށު ކޯޓަށް ނުވަތަ ޓްރައިބިއުނަލަށް އަލުން ފޮނުވައި، މައްސަލައިގައި ކަން ހިނގާފައިވާ ގޮތް އަލުން ބަލަންޖެހޭ ގޮތަކަށް އޮތް މައްސަލައެއްނަމަ، އެ މައްސަލަ އަލުން ބެލުމަށްޓަކައި ދަށު ކޯޓަށް ނުވަތަ ޓްރައިބިއުނަލަށް އެ މައްސަލަ ތަޙުވީލުކުރެވޭނެކަން ކޯޓުތަކުގެ ޤާނޫނުގެ 46 ވަނަ މާއްދާގެ )ށ( ގައި ބަޔާންކުރެއެވެ.
37ހައިކޯޓުން މައްސަލަތައް ބަލާނީ ދަށު ކޯޓުގައި ހުށަހެޅި ހެކިތަކާއި ދިފާޢުތަކަކީ އަސާސްތަކަށް ބަލައިގެންކަމަށްވާއިރު، މިފަދައިން ޤާނޫނީ ނިޒާމު ފަރުމާކޮށްފައިވަނީ، އިސްތިއުނާފީ މަރުޙަލާއަކީ މައްސަލައާއި ގުޅިގެން ކަން ހިނގާފައިވާ ގޮތަކީ ކޮބައިކަމާއި، އެ ޙަޤީޤަތްތަކާ ގުޅޭ ހެކިތަކަކީ ކޮބައިކަމާއި، ކޯޓުތަކުގެ ޤާނޫނުގެ 32 ވަނަ މާއްދާގެ )ހ( އެއިން ކޮންމެ ހެއްކަކަށް ދެވޭ ބުރަދަނަކީ ކޮބައިކަން ބަލައި މައްސަލައިގައި ގޮތެއް ކަނޑައަޅާ މަރުޙަލާ (trial) އާއި ތަފާތު މަރުޙަލާއަށް ކަމުގައިވާތީކަމާއި، އިސްތިއުނާފީ މަރުޙަލާއަކީ ދަށު ކޯޓުގައި މައްސަލަ ނިންމާފައިވަނީ ޤާނޫނާ ޚިލާފަށްކަން ނުވަތަ ނޫންކަން ކަނޑައަޅާ މަރުޙަލާކަމަށާއި، އަދި ދަށު ކޯޓުން ވަކި ކަމެއްގައި ވަކި ގޮތަކަށް ނިންމާފައިވަނީ ޤާނޫނާ އެއްގޮތަށްކަން ނުވަތަ ނޫންކަން ކަނޑައެޅޭނީ)އައު އެހެން ކަމެއް ނުހިމެނޭގޮތުން ( އެ ދަށު ކޯޓުގައި މައްސަލަ ބެލިއިރު ހުށަހެޅި ހެކިތަކާއި ދިފާޢުތަކުގެ އަލީގައި ކަމުގައިވާތީ، އިސްތިއުނާފުގެ އަސާސަކީ ދަށު ކޯޓުގައި ހުށަހެޅިފައިވާ ކަންކަން ކަމުގައި އެކަށައަ ޅާފައިވާތ ކަމުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2014/SC-A/19 ޝަރުމީލާ ޝަރީފް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ޤަޟިއްޔާގައި ކަނޑައަޅާފައިވެއެވެ.
38މި ޤަޟިއްޔާއަށް ފަހުވެސް، ސުޕްރީމް ކޯޓުން ނިންމާފައިވާ އެހެނިހެން މައްސަލަތަކުގައިވެސް ދަށު ކޯޓގައު ފާހަގަކޮށްފައިނުވާ ނުކުތާއެއް ހައިކޯޓުގައި ހުށަހެޅުމުން، އެކަން އެ ކޯޓުން ބަލައިގަނެ ގޮތެއް ކަނޑައެޅުމަކީ، ކޯޓުތަކުގެ ޤާނޫނުގެ 32 ވޮނ މާއްދާގަ )ހ( އަށް ބަލާއިރު، ހައިކޯޓަށް ހުށަހެޅޭ މައްސަލަތައް ބެލުމުގައި ޢަމަލުކުރުމަށް ޤާނޫނުގައި ބަޔާންކޮށްފައިވާ ގތޮ ނޫން ކަމުގައް ނިންމާފައިވެއެވެ.
39HN4އެހެންނަމަވެސް، ދަށު ކޯޓުގައި މައްސަލައާ ގުޅިގެން ދެފަރާތުން ދައްކާފައިވާ ވާހަކަތަކަށް ބިނާކޮށް ފަނޑިޔާރު މައްސަލައިގައް ގޮތެއް ކަނޑައެޅިއިރު، މައްސަލަ ކުރިއަށް ދިޔައިރު ކަމެއްގައި ވަކި ގޮތަކަށް މާނަކުރެވެނ އޮތްކަމުގެ އިހުތިމާލު އޮތްކަން ޚަޞްމަކާއަންދޒާ ނުކުރާ، ނުވަތަ ވަކި ކަމަކަށް ހީނުކުރާ ފަދަ ބުރަދަނެއް ދީފައިވާނަމަ، އެކަމުގެ މައްޗަށް ބިނާކޮށް، ނިންމުން ރަނގަޅު ނޫންކަން ސާބިތުކޮށްދިނުމުގެ ގޮތުން އެކަމަކު ސީދާ ގުޅުންހުރި އެހެނިހެން އައު ހެކި ނުވަތަ އައު ވާހަކަތަކެއް ދެއްކުމުގެ ފުރުޞަތު އިސްތިއުނާފ އެ ޤަޟިއްޔާގެ 19 ވަނަ ނުކުތާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2022/SC-A/29 )އެމް.އެޗް.އާރު ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑް ވ. މިނިސްޓްރީ އޮފް ޓޫރިޒަމް( ޤަޟިއްޔާގެ 44 ވަނަ ނުކުތާ މަރުޙަލާގައިދެވުމުގެ ފިރުސަތު އ ތްކަމުގައ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2022/SC-A/29 އެމް.އެޗް.އާރު ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑް ވ. މިނިސްޓްރީ އޮފް ޓޫރިޒަމް ޤަޟިއްޔާގައި ބަޔާންކުރެއެވެ.
40HN5ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2018/SC-A/40 އެކްސް ޕޯޓް އިމްޕޯޓް ބޭންކް އޮފް މެލޭޝިޔާ ވ. ވަން އެންޑް ހާފް ޑިގްރީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގައި ދިވެހިރާއްޖޭގެ ޢަދުލު އިންސާފު ޤާއިމުކުރުމުގެ ބާރުގެ ތެރޭގައި ހިމެނޭ ކޯޓުތަކުންމއްސަލަ ބެލުމުގައި، މައްސަލަތަޙުވީ ލ ކުރުމާބެހޭ މައިގަނޑު ޤާނޫނީ އުޞޫލު ބަޔާންކޮށްފައިވެއެވެ. މިގޮތުން ހައިކޯޓުން މައްސަލަ ބެލުމުގައި، ދަށު ކޯޓުގައި މައްސަލައެއްގެ ތެރެއިން ހުށަހެޅި ހެކިތަކާއި ދިފާޢުތަކަކީ އިސްތިއުނާފު މައްސަލައިގެ އަސާސްކަމުގައި ބަލަންޖެހޭކަމަށާއި، އަދި އިސްތިއުނާފުގެ މައްސަލަ ބެލުމުގައި ދަށު ކޯޓުގައި މައްސަލަ ބެލިއިރު ނުބެލި ހުރި ކަންތައްތަކެއް ހުރިކަމަށް ފާހަގަކުރެވި، އެ މައްސަލަ ބެލުމުގެ މަޞްލަޙަތު ބޮޑުކަމުގައި ފެންނަނަމަ، އެ މައްސަލަ ބަލަންޖެހޭ ޤާނޫނީ އުޞޫލުތައް ކަނޑައަޅައި، އެ މައްސަލަ ބެލުމަށްޓަކައި ދަށު ކޯޓަށް ފޮނުވުމުގެ އިޚްތިޔާރު ލިބިގެންވާކަމުގައެވެ. ހަމައެއާއެކު، ކޯޓުތަކުގެ ޤާނޫނުގެ 33 ވަނަ މާއްދާގެ )ރ( ގައި ހައިކޯޓަށް އިސްތިއުނާފު ކުރިއިރު ހުށަހެޅި ނުކުތާތައް ފިޔަވައި އައު ނުކުތާތަކެއް އިސްތިއުނާފީ މަރުޙަލާގައި ނުބެލޭނެކަމަށް ބަޔާންކޮށްފައިވުމަކީ، މައްސަލައިގައި ގޮތެއްކަނޑައެޅމަށްޓަކައު ފުރިހަމަ ކުރަންޖެހޭ އިތުރު ކަންކަން ފުރިހަމަކުރުމަށް، ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ދަށު ކޯޓަށް މައްސަލަ ތަޙުވީލުކުރުމަށް ހުރަސްއަޅާ ސަބަބެއް ކަމުގައި ނުދެކޭކަމާއި، އެހެނީ ފުރިހަމަ ނޫންކަމަށް ބުރަވެވޭ އެ ޤަޟިއްޔާގެ 45 ވަނަ ނުކުތާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2018/SC-A/40 )އެކްސްޕޯޓްއިމްޕޯޓ ބޭންކް އޮފް މެލޭޝިޔާ ވ. ވަން އެންޑް ހާފް ޑިގްރީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް( ޤަޟިއްޔާގެ 11 ވަނަ ނުކުތާއިން 16 ވަނަ ނުކުތާގެ ނިޔަލަށް މަޢުލޫމާތުގެ މައްޗަށް ބިނާކޮށް މައްސަލަ ނިންމުމަކީ އެކަށީގެންވާ ގޮތެއް އަދި ޢަދުލުވެރިގޮތކަމަށް ނުވާތީކަމުގައި މި ޤަޟިއްޔާގައި ކަނޑައަޅާފައިވެއެވެ.
41HN6މުދާ ބަރުކޮށްފައިވަނީ ޑެފްނޭއިން ފޮނުވި ދޯންޏަކަށްކަމަށކަމަށާއި، ޑެލިވަރީ ނޯޓުގައި ސޮއިކޮށްފައިވަނީ އެ ދޯނީގ ފަރާތަކުންކަމުގައޭ ނަލަހިޔާއިން ބުނާއިރު، އަދި ޑެލިވަރީ ނޯޓުގައި ސޮއިކޮށްފައިވަނީ ޑެފްނޭގެ މުވައްޒަފުން ނޫންކަމަށް ޑެފްނޭގެ ފަރާތުނ ބުނާއިރު، މި ވާހަކަތައް އައްވަލަށްވެސް ދައްކާފައިވަނީ އިސްތިއުނާފީ މަރުޙަލާގައެވެ. އެއީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2018/HC-A/342 ޤަޟިއްޔާއާ ގުޅިގެން ބޭއްވުނު އަޑުއެހުމުގައެވެ. މިކަންކަމުގެ ޙަޤީޤަތްތައް ސާފުކޮށް، އަދި މައްސަލައިގެ މި ވާޤީއާތައް ކަށަވަރުކޮށްގެން މެނުވީ ޚަޞްމުނގ ދެމެދާ ވިޔަފާރީގެ މުޢާމަލާތެއް ހިނގާފައިވާކަން ނުވަތަ ނޫންކަން ސާބިތެއްނުވނެއެވެ. ހައިކޯޓުގައި އައްވަލަށް ދައްކާފައިވާ ވާހަކަތަކެއްގެ މައްޗަށް ބިނާކޮށް، މި މަރުޙަލާގައި މިކަމާ ގުޅާ ގޮތުން ގޮތެއް ކަނޑައަޅަންވެއްޖެނަމަ، އިސްތިއުނާފީ އެއް މަރުޙަލޭ ގެއްލިދާނެއެވެ. އެއްވެސް އިސްތިސްނާ ޙާލަތެއްނެތި، ދަށު ކޯޓުގައި ހުށަނޭޅޭ މަޢުލޫމާތުތަކެއްގ މައްޗަށް ބިނާކޮށް އިސްތް އުނާފީ ކޯޓަށި ލިބިފައިވާ އައު މަޢުލޫމާތުގެ އަލީގައި ގޮތެއް ކަނޑައެޅުމުން، އިސްތިއުނާފުގެ އެއް މަރުޙަލާ ގެއްލިގެން ދިޔުމަކީ ޤާނޫނ ތަސައްވުރުކުރާ ގޮތެއް ނޫނެވެ. މިކަން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2021/SC-A/112 މޯލްޑިވް ސ ޕެޝަންސް ޕްރައިވެޓް ލިމިޓެޑް ވ. މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ ޤަޟިއްޔާގައި ފަނޑިޔާރު ޑރ.އަޒްމިރާލްދާ ޒާހިރާ ފާހަގަކުރައްވާފައިވެއެވެ. މިކަންކަން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ފައިސަލާކުރައްވާފައިވާ ޤަޟިއްޔާތަކުގައި ބަޔާންކުރައްވާފައިވެއެވެ. މިގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގ ނަންބަރ 2020/SC-A/112 )އުރީދޫ މޯލްޑިވްސް ޕަބްލިކް ލިމިޓެޑް ވ. އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް( ޤަޟިއްޔާގެ 10 ވަނަ ނުކުތާއާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރ 2022/SC-A/04 )ޢަލީ އިބްރާހީމް ވ. ޢަލީ އަޙްމަދު( ޤަޟިއްޔާގެ 38 ވަނަ ނުކުތާ ފާހަގަކުރަމެވެ. މި ޤަޟިއްޔާގެ 28 ވަނަ ނުކުތާގެ )ރ( ގައި ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު ފާހަގަކުރައްވާފައިވަނީ "...އެހެނީ، ކުރިން މީރާއަށް ހުށަނޭޅޭ މައުލޫމާތުތަކެއްގެ މައްޗަށް ބިނާކޮށް، ޓެކްސް އެޕީލް ޓްރައިބިއުނަލުން މި މައްސަލައިގައިވާ އައު އަދަދެއް ކަނޑައެޅުމުން، ޓްރައިބިއުނަލުން އިސްތިއުނާގީ މައްސަލަ ބެލުމުގެ މަރުހަލާ ގެއްލިގެން ދެއެވެ. މިއީ ޤާނޫނު ތަސައްވުރުކުރާ ނަތީޖާއެއްކަމުގައި އަހަރެންނަކަށް ޤަބޫލެއްނުކުރެވެއެވެ."
42މުދާތަކުގެ ޑެލިވަރީއ ގުޅާ ގޮތުން އިސްތިއުނާފީ މަރުޙަލާތަކުގައި ފެންމަތިވެފައިވާ ކަންކަމީ، ދަށު ކޯޓުން މައްސަލާ ނިންމިގޮތުން އުފަންވެފައިވާ ކަންކަމެއޮނޫނެވެ. އަދި މުދާތައް ޑެލިވަރީ ކުރެވިފައިވާ ގޮތާއި ގުޅޭ ގތުނޮ އެއްވެސް މިންވަރަކަށް ދަށް ކޯޓުގައި ވާހަކަދެކެވިފައިނުވުމުގެ ސަބަބުން އެކަމަކީ ދަށު ކޯޓުން މައްސަލަ ނިންމިއިރު އަންދާޒާކުރިކަމެއްވެސް އަދ ބުރަދަންދީފައިވާ ކަމެއްވެސްނޫނެވެ.
43HN8މި މައްސަލަ ސިވިލް ކޯޓުގެ ނަންބަރު 699/Cv-C/2017 ޤަޟިއްޔާއިން ބެލިއިރު، ނުބެލި ހުރި ކަންތައްތަކެއް ހުރިކަން، އަދި އިސްވެ ބަޔާންކުރަނިވި 40 ވަނަ ނުކުތާގައިވާ ފަދައިން އިތުރަށް ސާފުކުރަންޖެހޭ ޙަޤީޤަތްތަކެއް ހުރިކަން ފާޅުކަން ބޮޑު ގޮތެއްގައި އެނގެއެވެ. އެކަންކަމަކީ ކޮބައިކަން އިސްވެ ބަޔާންކުރަނިވި ނުކުތާތަކުގައި ތަފްޞީލުކޮށް ބަޔާންކޮށްފައިވާނެއެވެ. އެހެންކަމުން މި މައްސަލައިގައި މަޞްލަޙަތު ބޮޑމީ މައްސަލަ ސިވިލް ކޯޓުން ބެލިއިރު، ނުބެލި ހުރި ކަންކަމާއި ސާފުކޮށްފައިނުވާ ކަންކަން ސާފުކުރުމަށްޓަކައިސިވިލް ކޯޓުނ މި މައްސަލަ އަލުން ބެލުން ކަމުގައި ދެކެމެވެ.
މުދާ ލިބިފައިވާނަމަ ފައިސާ ދައްކާފައިވޭތޯ
44މަތީގައި ބަޔާންކޮށްފައިވާ ކަންކަމުގެ މައްޗަށް، ނަލަހިޔާއިން މުދާ ޑެފްނޭއަށް ފޯރުކޮށްދީފައިވާކަމަށް ބުރަވެވޭނަމަ، ދެން އޮތް ސުވާލަކީ ޑެފްނޭއަށް ލިބިފައިވާ މުދަލަށް ފައިސާ ދައްކާފައިވޭތޯއެވެ.
45މިކަމުގެ އަލީގައި ގޮތެއް ކަނޑައަޅަންޖެހެނީ ޑެފްނޭއަކީ ނަލަހިޔާގެ ކްރެޑިޓް ކަސްޓަމަރެއްނޫންކަމަށާއި، އޯޑަރުކުރާ މުދަލަށް ޑެފްނޭއިން ފައިސާ ދައްކާފައިވާނެކމުގައި ޑެފްނޭއިން ބުނާ ބުނުމަށެވެ.
46ޑެފްނޭއަކީ ނަލަހިޔާގެ ކްރެޑިޓް ކަސްޓަމަރެއްނޫންކަމުން، ޑެފްނޭއަށް ނަލަހިޔާގެ ފަރާތުން މުދަލެއް ލިބިފައިވާނަމަ، އެ މުދަލަށް ފައިސާ ދައްކާފައިވާ ކަމުގައި ޑެފްނޭގެ ފަރާތުން ބުނެފައިވެއެވެ. މިކަން ސާބިތުކުރުމަށް ޑެފްނޭގެ ފަރާތުން ސިވިލް ކޯޓުގެ ނަންބަރު 699/Cv-C/2017 ޤަޟިއްޔާގައި ހެއްކެއް ހށަހަޅާފައިވެއެވެ.
47HN7މި ސުރުހީގެ ދަށުން ބަޔާންކުރާ ކަންކަން ވަޒަންކުރެވޭނީ ޑެފްނޭއަށް މުދާ ލިބިފައިވޭތޯ ނުވަތަ ނޫންތޯ ބަލައި، އެއަށް ޖަވާބެއް ލިބުމުންނެވެ. އެއީ ޑެފްނޭއަށް މުދާ ލިބިފައިނުވާނަމަ، ޑެފްނޭގެ ފަރާތުން ފައިސ ދައްކަންނުޖެހޭނެތީއެވެ. އެހެނަސް، ނަލަހިޔާގެ ފަރާތުން ޑެފްނޭއަށް މުދާ ފޯރުކޮށްދީފައިވާކަން މަދަނީ މިންގަނޑުން ސާބިތުވާނަމަ، އެ މުދަލަށް ފައިސާ ދައްކާފައިވާކަމުގެ ބުރަ ފުރޮޅިގެންދާނީ ޑެފްނޭގެ މައްޗަށެވެ. މި ސުވާލަށް ޖަވާބު ދިނުމުގައި ޑެފްނޭއަކީ ނަލަހިޔާގެ ކްރެޑިޓް ކަސްޓަމަރެއްނޫންނަމަ، އކެ ން ބެލުމާއިއެކު، މި ފައިސާގެ މުޢާމަލާތް ފުރިހަމަކޮށްފައިވޭތޯ ބަލަންޖެހޭނެއެވެ. މިކަމީ، މުދާ ޑެފްނޭއަށް ލިބިފައިވާކަމުގެ މައްޗަށް ބިނާވާނެ ކަމެއް ކަމުން، މިކަމުގައި މިހާރު ހުރި ޙަޤީޤަތްތަކުގެ މައްޗަށް، މި މަރުޙަލާގައި ދިވެހިރާއްޖޭގެ ހައިކޯޓަށް ގޮތެއް ކަނޑައެޅޭނެ ކަމުގައި ނުދެކެމެވެ.
ތަޙުވީލުކުރުން
48މި މައްސަލައަކީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2021/SC-A/23 ޤަޟިއްޔާގައި ފާހަގަކޮށްފައިވާ ދާއިރާގެ ތެރެއިން ގޮތެއް ކަނޑައެޅުމަށް ތަޙުވީލުކުރެވިފައިވާ މައްސަލައަކަށްވާއިރު، އެ ޤަޟިއްޔާގައި ފާހަގަކުރެވިފައވ ދާއިރާގައި ހިމެނޭ ގިނަ ކަންކަމީ ސިވިލް ކޯޓުގެ ނަންބަރު 699/Cv-C/2017 ޤަޟިއްޔާގައި އެކަމާ ގުޅޭ ގޮތުން ވާހަކިދެއްކުމުގެ ފުރުޞަތު ލިބޭ، ވާހަކަދައްކާފައިވާ ކަންކަން ކަމުގައިނުވާތީ، އެކަންކަމާ ގުޅޭ ގޮތުން މުނާޤަޝާކޮށް، އެ ވާޤިއާ ކަށަވަރުކޮށްގެން މެނުވީ ގޮތެއް ކަނޑައެޅޭނެ ކަންކަން ކަމުގައިނުވާތީ، މި ނިންމުމުގެ 25 ވަނަ ނުކުތާއިން ފެށިގެން 47 ވަން ނުކުތާގައި ފާހަގަކޮށްފައިވާ ކަންކަމުގެ އަލީގައި، މި މައްސަލައިގައި މަޞްލަޙަތު ބޮޑީ މި މައްސަލަ ސިވިލް ކޯޓަށް ތޙުވީލުކުރުނކަމު ގައި ދެކެމެވެ.
49އެހެންކަމުން، ނަލަހިޔާގެ ފަރާތުން ޑެފްނޭއަށް މުދާ ފޯރުކޮށްދީ، އެ މުދަލަށްވ ފައިސާ ނުލިބޭކަމަށް ބުނެ ކޮށްފައިވާ ދަޢުވާގައި ގޮތެއް ކަނޑައެޅުމަށްޓަކައ އަންނަނިވި ކަންކަމާ މެދު ގޮތެއް ކަނޑައަޅަންޖެހޭނެއެވެ.
1. މ މުޢާމަލާތުގައި ހިމެނޭ ޕާރޗޭސް އޯޑަރަކީ ޑެފްނޭއިން ފޮނުވާފައިވާ ޕާރޗޭސް އޯޑަރެއްކަން މިހާރު އެނގޭހިނދު، އަންނަނިވި ކަންކަމުގެ އަލީގައި، ޕާރޗޭސް އޯޑަރުގައ ހިމެނި މުދާތައް ޑެފްނޭއަށް ލިބިފައިވޭތޯ ބެލުން
1.1 މުދާ ޑެފްނޭއާ ޙަވާލުކުރުމަށް ދޯންޏަކަށް އެރުވިކަމަށ ނަލަހިޔާއިން ބުނާއިރު، އެކަން ސާބިތުވާކަން ނުވަތަ ނޫންކަން،
1.2 މުދާ ދޯންޏަށް އެރުވުމަށްފަހު ވީ ގޮތް،
1.3 ޑެލިވަރީ ނޯޓުގައި ސޮއިކޮށްފައިވަނީ ޑެފްނޭގެ ފަރާތުންތޯ، ނުވަތަ ޑެފްނޭއ ގުޅާ ބައެއްތޯ އަދި
1.4 ޤާނޫން ގޮތުން އެ މުދަލަށް ޒިންމާވާނެ ފަރާތް
2. މުދާ ލިބިފައިވާނަމަ ފައިސާ ދައްކާފައިވޭތޯ ބެލުން
50މި މައްސަލަ ބެލުމުގައި، ސިވިލް ކޯޓުގެ ނަންބަރު 699/Cv-C/2017 ޤަޟިއްޔާގައި ހުށަހެޅުނު ހެކީގެ އިތުރުން، މި މައްސަލައާ ގުޅޭ އިސްވެ ބަޔާންކުރަނިވި ކަންކަން ސާބިތުކުރުމަށް ޚަޞްމް ންނަށް ފުރުޞަތު ދިނުމާއިއެކު، މި މައްސަލައިގެ ދަޢުވާ ސާބިތުވާކަން ނުވަތަ ނޫންކަން ސިވިލް ކޯޓުނ ކަނޑައަޅަންވާނެކަމުގައި ދެކެމެވެ. އެހެނީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރ 2018/HC-A/342 ޤަޟިއްޔާއާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރ 2021/SC-A/23 ޤަ ޟިއްޔާގައި ޚަޞްމުން ފާހަގަކޮށްފައިވާ ކަންކަމީ، ސިވިލް ކޯޓުގ ނަންބަރ 699/Cv-C/2017 ޤަޟިއްޔާ ބެލުނުއިރު ފާހަގަކުރުމުގެ ފުރުޞަތު އޮވެމެ ފާހަގަކޮށްފައިވާ ކަންކަން ކަމުގައިނުވާތީ، މި މަރުޙަލާގައި މިދަޢުވ ސާބިތުވާކަން ނުވަތަ ނުވާކަން ކަނޑައެޅުމަށް ބޭނުންވާ މންވަރަށ ވާޤިއާތައް ކަށަވަރުވެފައިނުވާތީއެވެ.
51އެހެންކަމުން، މި ޤަޟިއްޔާގައި ފާހަގަކުރެވިފައިވާ ދާއިރާގެ ތެރެއިން ގޮތެއް ކަނެ ޑައެޅުމަށްޓަކައި ކޯޓުތަކާބެހޭ ޤާނޫނުގެ 46 ވަނަ މާއްދާގެ )ށ( ގެ ދަށުން، ސިވިލް ކޯޓުގެ ނަންބަރު 699/Cv-C/2017 ޤަޟިއްޔާ އެ ކޯޓަށް ތަޙުވީލުކުރަންޖެހޭ ކަމުގައި ދެކެމެވ.
އިސފަނޑިޔާރް ޙުސައިން ޝަހީދގު ރައުޔު
52ފ ނޑިޔާރ ޙުޒައިފާ މުޙައްމަދުގެ ރައުޔށ އަހުރެން ތާއީދު ކުރަމެވެ.
ފަނޑިޔާރު މުޙައްމަދު ސަލީމް ގެ ރައުޔު
53ފަނޑިޔާރު ޙުޒައިފާ މުޙައްމަދުގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.
އިސްތިއުނާފުކުރުމުގެ އިޖުރާއަތު ބަޔާންކޮށްދިނުން
54މި ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި ޙުކުމްކުރުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ އިސްތިއުނާފުކުރުމުގެ ޙައްޤު މައްސަލައިގެ ޚަސްމުންނަށް ލިބިގެންވެއެވެ. އާންމު އުޞޫލެއްގެ ގޮތުނ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް މައްސަލަ އިސްތިއުނާފުކުރުމަށް ހުށަހެޅޭނީ ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމުން ނިންމާތާ 30 )ތިރީސް( ދުވަހުގެ ތެރޭގައެވެ.މި މުއްދަތުގެ ތެރޭގައި ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ޙަވާލުކޮށްފައިނުވާނަމަ، އިސްތިއުނާފް ކުރުމުގެ މުއްދަތު ގުނަން ފަށާނީ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ޙަވާލުކުރާ ތަރީޚުން ފެށިގެންނެވެ. އެހެނަސް، ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ ޚުލާޞާއަށް ބިނާކޮށްވެސް އިސްތިއުނާފަށް ހުށަހެޅިދާނެއެވެ. މިކަމުގައި ދެވޭ އިސްތިސްނާ މަދަނީ އިޖުރާއަތުގެ ޤާނޫނު )ޤާނޫނ ނަންބަރު 2021/32(ގެ 284 ވަނަ މާއްދާގެ )ރ( ގައި ބަޔާންކުރެއެވެ.
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 18 ވަނަ މާއްދާގެ (ށ)
- ޤާނޫނު ނަންބަރު 22/2010 ގެ 32 ވަނަ މާއްދާގެ (ހ) އަދި (ނ)
- ޤާނޫނު ނަންބަރު 22/2010 ގެ 33 ވަނަ މާއްދާގެ (ރ)
- ޤާނޫނު ނަންބަރު 22/2010 ގެ 46 ވަނަ މާއްދާގެ (ށ)
- ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ރ)
- ސުޕްރީމް ކޯޓުގެ 2021/SC-A/23
- ހައިކޯޓުގެ 2018/HC-A/342
- ސުޕްރީމް ކޯޓުގެ 2014/SC-A/19 (ޝަރުމީލާ ޝަރީފް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް)
- ސުޕްރީމް ކޯޓުގެ 2022/SC-A/29 (އެމް.އެޗް.އާރު ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑް ވ. މިނިސްޓްރީ އޮފް ޓޫރިޒަމް)
- ސުޕްރީމް ކޯޓުގެ 2018/SC-A/40 (އެކްސްޕޯޓް އިމްޕޯޓް ބޭންކް އޮފް މެލޭޝިޔާ ވ. ވަން އެންޑް ހާފް ޑިގްރީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް)
- ސުޕްރީމް ކޯޓުގެ 2021/SC-A/112 (މޯލްޑިވްސް ފެޝަންސް ޕްރައިވެޓް ލިމިޓެޑް ވ. މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ)
- ސުޕްރީމް ކޯޓުގެ 2020/SC-A/112 (އުރީދޫ މޯލްޑިވްސް ޕަބްލިކް ލިމިޓެޑް ވ. އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް)
- ސުޕްރީމް ކޯޓުގެ 2022/SC-A/04 (ޢަލީ އިބްރާހީމް ވ. ޢަލީ އަޙްމަދު)
ޝަރީޢަތުގެ ވީޑިއޯ
ހައިކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.