އިސްމާޢީލް މީރާން އަދި މަރްޔަމް ތިލްމީޒާ ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- ކ. ހުޅުމާލެ މެޖިސްޓްރޭޓް ކޯޓު HMC/2021/6,7
- ފަހުގެ ތާރީޚު
- ސުޕްރީމް ކޯޓު: 2022/SC-A/16, 2022/SC-A/18, 2022/SC-A/19 — ހައިކޯޓުގެ ޙުކުމް ބާޠިލުކޮށްފައި
ކޯ ޓާމްސް
—
ޚުލާޞާ
- ކޯޓަށް އައި ގޮތް
- ހެކި ހޯދާފައިވަނީ ޤާނޫނުއަސާސީގެ 52 ވަނަ މާއްދާއާ ޚިލާފަށް ކަމަށް ނުފެންނާތީ، ހެކި ބާޠިލުކަމަށް ކަނޑައެޅޭކަށް ނެތްކަމަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން ނިންމިއެވެ.
- ވާޤިޢާ
- ހުޅުމާލޭގައި ދިރިއުޅޭ ފްލެޓެއް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ ބަލައިފާސްކުރުމުގެ އަމުރެއްގެ ދަށުން ބަލައިފާސްކުރުމުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ފެނި، ދެ މީހެއްގެ މައްޗަށް ޑައިމޯފިން ޓްރެފިކްކުރުމުގެ ދަޢުވާ ކުރެވުނެވެ. ދަޢުވާލިބޭ ފަރާތްތަކުން ޝަރީޢަތުގެ ކުރިން ހުށަހެޅީ ހެކި ޤާނޫނުއަސާސީގެ 52 ވަނަ މާއްދާއާ ޚިލާފަށް ހޯދާފައިވާތީ ބާޠިލު ކަމަށް ކަނޑައަޅައިދިނުމަށެވެ.
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ބަލައިފާސްކުރުމުގެ އަމުރަކީ އެ ކޯޓަށް އިޚްތިޞާޞް ނެތި ނެރުނު އަމުރެއް ކަމަށްބުނެ، އެ އަމުރުގެ ދަށުން ހޯދި ހެކި ޤާނޫނުއަސާސީގެ 52 ވަނަ މާއްދާގެ ދަށުން ބާޠިލުކޮށް ދަޢުވާ ކުރިއަށް ނުގެންދެވޭނެ ކަމަށް ކަނޑައެޅުމަށް ޝަރީޢަތުގެ ކުރިން ހުށަހެޅި ހުށަހެޅުން ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން ބަލައިނުގަތުމަކީ ޤާނޫނާ އެއްގޮތަށް ނިންމި ނިންމުމެއްތޯ.
- ޚަޞްމުންގެ ހުށަހެޅުންތައް
- އިސްތިއުނާފުކުރި ފަރާތްތަކުން ބުނީ ހައިކޯޓުގެ 2019/HC-A/312 ޤަޟިއްޔާއިން ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް އެފަދަ އަމުރު ނެރުމުގެ އިޚްތިޞާޞް ނެތްކަން ކަނޑައަޅާފައިވާތީ ހެކި ބާޠިލު ކަމަށާއި ދަޢުވާ ކުރިއަށް ނުގެންދެވޭނެ ކަމަށެވެ. ދައުލަތުން ބުނީ ހަވާލާދިން ޤަޟިއްޔާތަކަކީ ބަންދާބެހޭ ޤަޟިއްޔާތަކެއް ކަމަށާއި، އަމުރު ނެރެފައިވަނީ އެ ނިންމުމުގެ ކުރިން ހެޔޮ ނިޔަތުގައި ކަމަށެވެ.
- ކޯޓުގެ ސަބަބުތައް
- ހެއްކެއް ޤަބޫލުނުކުރެވޭނެ ކަމަށް 119(ހ)(3) ގެ ދަށުން ކުރާ ހުށަހެޅުމަކީ ދަޢުވާ ފޯމް ބާޠިލުކުރަންޖެހޭ ހުށަހެޅުމެއް ނޫނެވެ. ބަލައިފާސްކުރުމުގެ އަމުރު އިސްތިއުނާފުނުކުރެވި ނިހާއީވެފައިވާތީ، އެ އަމުރު ބާޠިލުނުކުރެވެނީސް އޭގެ ދަށުން ހޯދި ހެކި ބާޠިލުކުރެވޭނެ ޤާނޫނީ ގޮތެއް އިސްތިއުނާފުކުރި ފަރާތްތަކުން ދައްކާފައި ނުވެއެވެ.
ނިންމުން
ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައިއިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ނިންމުން ޤާއިމް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 119 ވަނަ މާއްދާގެ ދަށުން ހުށަހަޅާ ހުށަހެޅުންތަކުގެ ތެރެއިން 2 ވަނަ ނަންބަރު (ދަޢުވާކުރުމަށް ހުރަހަކަށްވެދާނެ ދިފާޢު) ފިޔަވައި، އެހެން ހުށަހެޅުންތަކުގެ ސަބަބުން ދަޢުވާ ފޯމް ބާޠިލުކުރަންޖެހޭ ފަދަ ޖައުހަރީ ކަމެއް ނެތެވެ؛ 115 ވަނަ މާއްދާގެ (ހ) ގެ ދަށުން ދަޢުވާ ކުރިއަށް ގެންދެވޭނެކަމަށް ކަނޑައެޅުމަށްފަހު، މައުޟޫޢީ ގޮތުން ބެލުމަކާނުލައި ދަޢުވާ ބެލެން ނެތްކަމަށް ކަނޑައެޅޭނީ 120 ވަނަ މާއްދާގައިވާ ޙާލަތުގައެވެ (ހައިކޯޓުގެ 2021/HC-B12/40 ޤަޟިއްޔާއަށް ތަބާވެ).
HN2 ވަކި ހެއްކަކީ ޝަރީޢަތަށް ޤަބޫލުނުކުރެވޭނެ ހެއްކެއް ކަމުގައި ކަނޑައަޅައިދިނުމަށް 119 ވަނަ މާއްދާގެ (ހ) ގެ 3 ވަނަ ނަންބަރުގެ ދަށުން ހުށަހަޅާ ހުށަހެޅުމަކީ ދަޢުވާ ފޯމް ބާޠިލުކުރަންޖެހޭ ބާވަތުގެ ހުށަހެޅުމެއް ނޫނެވެ؛ އެ މަރުޙަލާގައި ހެކި ވަޒަންކޮށް މައުޟޫޢަށް އަސަރުކުރާގޮތަށް މުޅި ދަޢުވާ ބާޠިލުކުރުމުގެ ބާރެއް 119 ވަނަ މާއްދާއިން ފަނޑިޔާރަށް ދީފައެއް ނުވެއެވެ.
HN3 ކޯޓު އަމުރެއް އިސްތިއުނާފުކުރުމަށް ޤާނޫނުގައިވާ މުއްދަތު ހަމަވެ، އިސްތިއުނާފު ނުކުރެވި ނިހާއީވެފައިވާނަމަ، އެ އަމުރަކީ ބާރު ދެމިއޮންނަ އަމުރެކެވެ؛ އެފަދަ އަމުރެއް ޤާނޫނުގައިވާ އުޞޫލުތަކުގެ ތެރެއިން ނޫން ގޮތަކަށް ބާޠިލުކުރެވޭނެ ގޮތެއް ނެތެވެ.
HN4 ބަލައިފާސްކުރުމުގެ އަމުރެއް މަތީ މަރުޙަލާގެ ކޯޓަކުން ބާޠިލުކޮށް ނުވަތަ ބަދަލުކޮށް ނުވާހިނދު، އަދި އޭގެ ޞައްޙަކަމާމެދު ސުވާލު އުފައްދާފައި ނުވާހިނދު، އެ އަމުރުގެ ދަށުން ހޯދި ހެކި ޞައްޙަ ނޫންކަމަށް ޝަރީޢަތަށް ބުރަވެވޭނެ ހަމައެއް ނެތްކަމަށް ދަށު ކޯޓުން ދެކުނު ގޮތް ޤާނޫނީ ގޮތުން ރަނގަޅެވެ؛ ނިހާއީވެފައިވާ އަމުރެއް ބާޠިލުނުކުރެވެނީސް އޭގެ ދަށުން ހޯދި ކަންކަން ބާޠިލުކުރެވޭނެ ޤާނޫނީ ގޮތެއް އިސްތިއުނާފުކުރާ ފަރާތުން ދައްކަންޖެހެއެވެ.
HN5 އިސްތިއުނާފުގެ މައުޟޫޢަކަށް ނުވާ ބަލައިފާސްކުރުމުގެ އަމުރެއްގެ ޞައްޙަކަމާމެދު، ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމާބެހޭ ނިންމުމެއްގެ އިސްތިއުނާފުގައި ހައިކޯޓުން ގޮތެއް ކަނޑައަޅަންޖެހޭ ކަމަކަށް ނުދެކެއެވެ.
ވަކީލުންނާއި ފަނޑިޔާރުން
- ވަކީލުން
- —
- ބެންޗު
- ޢަލީ ސަމީރު، ޝުޢައިބު ޙުސައިން ޒަކަރިއްޔާ، ޢަބްދުއްރައޫފު އިބްރާހީމް
- ރިޔާސަތު
- —
- ރައުޔު ލިޔުނު ފަނޑިޔާރު
- ޢަލީ ސަމީރު · ތާއީދުކުރެއްވީ: ޝުޢައިބު ޙުސައިން ޒަކަރިއްޔާ، ޢަބްދުއްރައޫފު އިބްރާހީމް
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
ނިންމުން
ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރ 06/HMC/2021 އާއި ނަންބަރު 07/HMC/2021 ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމާމެދު ނިންމި
ނިންމުން
ކަނޑައަޅައި ދެވެންނެތްކަމަށް ނިންމި ނިންމުންތަކަކީ ޤާނޫނުއަސާސީގަ 143 )ރ( އާއި ޚިލާ ފަށާ ނިންމަވާފައިވ ނިންމުންތަކެއް ކަމަށްބުނެ ހުށަހެޅި ނުކުތާއެވެ. އިސްތިއުނާފު ކުރާ ފަރާތްތަކުން އެދޭގޮތް: 9- ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 06/HMC/2021 އާއި ނަންބަރު 07/HMC/2021 ނިންމުން ބާޠިލުކޮށް، މި މައްސަލަތަކަކީ ޤާނޫނާއި ޚިލާފަށް ނެރެފައިވާ ކޯޓު އަމުރުތަކެއްގެ މައްޗަށް ޤާނޫނާއި ޚިލާފަށް ހޯދާފައިވާ ހެކިތަކެއްގެ މައްޗަށް ކޮށްފައިވާ ތަޙްޤީޤެއްކަމުން، އެ ދަޢުވާތައް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގައި ކުރިއަށް ނުގެންދެވޭނެ ކަމަށް ކަނޑައަޅުއްވާ ދެއްވުމަށެވެ. އިސްތިއުނާފީ ނުކުތާތަކުގެ ރައްދު: 10- އިސްތިއުނާފީ ނުކުތާގެ ޖަވާބުގައި ދައުލަތުގެ ފަރާތުން ބުނެފައިވަނީ، މިނުކުތާއާ ގުޅިގެން އިސްތިއުނާފު ރައްދުވާ ފަރާތްތަކުން ހުށަހަޅާފައިވާ ދިވެހިރާއްޖޭގެ ހައިކޯޓާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޤަޟއްޔާތަކަކ 2020/SC-، 2020/SC-A/74، 2013/HC-A/211، 2019/HC-A/292، 2019/HC-A/312) A/75( ކުށުގެ ތުހުމަތުގައިވާ މީހާ ބަންދުކުރުމާ ގުޅުން ހުރި ޤަޟިއްޔާތަކެއް ކަމަށާއި، ބަލާފާ ސ ކުރުމާގުޅޭ ޤަޟިއްޔާ ތަކެއް ނޫން ކަމަށެވެ. އެހެންކަމުން، ބަލާފާސްކުރުމުގެ އަމުރއެ ނެރުމުގެ އިޚްތިޞާޞް ލިބޭތޯ ނޫންތޯ ކަށަވަރުކުރުމުގައި އިސްތިއުނާފުކުރާ ފަރާތުން ޙަވާލާދީފައިވާ ޤަޟިއްޔާތަކަށް ރިޢާޔަތެއް ނުކުރުވޭނ ކަމަށެވެ. މިއަމުރު ނެރުނޯއިރު ޢަމަލުކުރަމުން އައި ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގައި ހުޅުމާލެ މެޖިސްޓްރޭޓް ކެޓ ށ ތަންތަން ބަލައި ފާސްކުރުމުގު އަމުރެއް ނުނެރެވޭނެ ކަމަށް ބަޔާންކޮށްފައި ނުވާކަމަށާއި، އެހެންކަމުން، ބަލާފާސްކުރުމުގެ އަމުރެއް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ނުނެރެވޭނެކަމަށް ޤާނޫނ މާނަ ނުކުރެވޭނެ ކަމަށެވެ. 11- ހުޅުމާލެ ސަރަޙައްދުގައި ހިނގާ ކުށުގެ ޢަމަލުތަކާ ގުޅިގެން ބަލާފާސްކުރުމުގެ އަމުރުތަކާއި ބަންދު އަމުރުތައް ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓު މެދުވެރިކޮށް ނެރެމުން ގޮސްފައިވާ ކަމަށާއި، 10 ސެޕްޓެމްބަރު 2019 ގައި ނިންމާފައިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/312 ޤަޟިއްޔާގެ ކުރީން ހުޅުމާލެ މެޖިސްޓްރެ ޓް ކޯޓުން ނެރެމުން ދިޔަ އަމުރުތަކާމެދު ޤާނޫނީ ސުވާލެއް އުފެދިފައިނުވާ ކަމަށާއި، މިމައްސަލައިގައި ހިމެނޭ އިސްމާޢީލް މީރާން އާއި މަރްޔަމް ތިލްމީޒާ ދިރިއުޅޭ ގެ ބަލާފާސް ކުރުމަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ އަމުރު ނެރުއްވާފައިވަނީ އިސްވެދިޔަ ޤަޟިއްޔާއިން ކުށެ ކުށުގެ ތުހުމަތު ކުރެވޭ މީހުން ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގެ ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދު ކުރުމުގެ އަމުރު ނެރުމުގެ އިޚްތިޞާޞް ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓަށް ލިބިފައި ނެތްކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން 10 ސެޕްޓެމްބަރު 2019 ގައި ކަނޑައެޅުމުގެ ކުރިން ކަމަށާއި، ފުލުހުން މިފަދަ އަމުރަކަށް އެދި ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވަނީ ރަގަޅު ނިޔަތެއްގައި ކަމަށް އިސްވެދެންނެވި ކަންކަން އެގޮތަށް ހުރުމުން އެނގެން އޮންނާތީ، ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގެ އަމުރެއްގެ ދަށުން އިސްމާޢީލް މީރާން އާއި މަރްޔަމް ތިލްމީޒާ ދިރިއުޅޭ ގ ބަލައި ފާސްކޮށް މައްސަލައާ ގުޅުން ހުރި ހެކި ޤަރީނާ ހޯދާފައިވަނީ ބާޠިލް ގޮތެއްގައި ކަމަށް ނުދެކޭ ކަމަށެވެ. 12- މިފަދަ ޙާލަތްތަކުގައި ހެޔޮ ނިޔަތުގައި ހޯދާ އަމުރަކީ ޣ އިރު ޤާނޫނީ އަމުރެއް ނޫން ކަމަށ U.S- 565 (2019) State v. McElrath, 569 S.W.3d މިޤަޟިއްޔާ އަށް ބެލުމުން އެނގޭ ކަމަށެވެ. މިމައްސަލައަށް މިޤަޟިއްޔާ ތަޠުބީޤުކުރާއިރު މިމައްސަލައިގައި ބަލާފާސްކޮށްފައިވަނީ ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ ކޯޓު އަމުރެއްގެ ދަށުން ކަމަށާއި، އެއަމުރުގެ ދަށުން ބަލައިފާސްކޮށްފައިވަނީ އެއީ ޞައްޙަ އަމުރެއް ކަމަށް ބަލައިގެން ކަމަށްވާތީ، އިސްމާޢީލް މީރާން އާއި މަރްޔަމް ތިލްމީޒާ އާ ދެކޮޅަށް މިމައްސަލައިގައި ހޯދާފައިވާ ހެކިތަކަކީ ބާޠިލު ހެކިތަކެއް ކަމަށް ދައުލަތުން ނުދެކޭ ކަމަށެވެ. އިސްތިއުނާފު ރައްދުވާ ފަރާތުން އެދޭގޮތް: 13- ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން އެދިފައިވަނީ، ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 06/HMC/2021 އާއި ނަންބަރު 07/HMC/2021 ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމާމެދު ނިންމި ނިންމުންތަކަކީ ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް ނިންމާފައިވާ ނިންމުންތަކެއް ކަމަށް ކަނޑައަޅައިދިނުމަށެވެ. ދަޢުވާ ފޯމް ބާޠިލުކޮށްދިނުމަށް އެދުން 14- ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމަކާއި ގުޅިގެނި އެ މަރުޙަލާގައި މައްސަލައިގެ ފޯމް ބާޠިލުކޮށް މައްސަލައަކީ ކޯޓުން ބަލައި ކުރިއަށް ގެންދެވިދާނެ މައްސަލައެއްކަން ނުވަތަ ނޫންކަން ކަނޑައެޅުމުގައި ރިޢާޔަތްކުރަން ޖެހޭނެ ގޮތަކީ ކޮބައިކަން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރ 2021/HC-B12/40 ޤަޟިއްޔާ ގައި ބުނެދީފައިވެއެވެ. އަދި އ ނިންމުން މިހާތަނަށްވެސް ދެމި އެބައޮތެވެ. 15- ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމަކާއި ގުޅިގެން މައްސަލައިގެ ފޯމް ބާޠިލުކުރުމާއި ގުޅޭ ގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ބުނެވުނު ޤަޟިއްޔާގައި ބުނާ ގޮތަކީ، " ޝަރީޢަތުގެ ކުރިން ހުށަހަޅަން ޖެހޭ ހުށަހެޅުންތަކަކީ ކޮބައިކަން ބ ޔާންކޮށްދީފައިވާ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 119 ވަނަ މާއްދާއަށް ބަލާއިރު، އެ މާއްދާގެ ދަށުން ހުށަހަޅާ ހުށަހެޅުންތައް ވަޒަންކުރުމަށްފަހު ދެނެގަނެވޭ ކަމެއްގެ ސަބަބުން އެއީ ބެލެންނެތް މައްސަލައެއްކަމަށް ކޯޓުން ކަނޑައެޅިދާނެކަމަށް ސީދާ ކަނޑައެޅިގެން އ މާއްދާގައި ބުނެފައި ނުވާކަމަށާއި، އެ މާއްދާގެ )2( ވަނަ ނަންބަރުގައި ބަޔާންކޮށްފައި އޮންނަ ކަންތައް ފިޔަވައި ދެން ހުރި ނަންބަރުތަކުގައި ބުނެފައިވާ ކަންކަމުގެ މައްޗަށް ޖުމްލަ ގޮތެއްގައީބަލާއިރު އެއިން ކަމެއް އޮތުމުގެ ސަބަބުން އެ ހިނދުގައި މައްސަލައިގެ ދަޢުވާ ފޯމް ބާޠިލް ކުރަންޖެހޭފަދަ ޖައުހަރީ ކަމެއް، އެ ކަންކަމުގެ ތެރޭގައި ހިމެނި ފައިވާކަނ 2 ވަނަ ނަންބަރުގައި ބަޔާންކޮށްފައި އޮންނަނީ ދަޢުވާ ކުރުމަށް ހުރަކަށްވެދާނެ ދިފާޢުތަކަކީ ކޮބައިކަމެވެ. ފެންނާންނެތްކަމަށާއި، ޖިނާއީ އިޖުރާއްތުގެ ޤާނޫނުގެ މާއްދާތައް ތަރުތީބުވެފައިވާ ގޮތަށް ބެލުމުން ދައުލަތުގެ ފަރާތުން ކޯޓަށް ހުށަހަޅާފައިވާ ޖިނާއީ ދަޢުވާއެއްގެ މަރުޙަލާތަކުގެ ތެރެއިން، މައްސަލައގި ޝަރީޢަތުގެ ކުރީގެ މަރުޙަލާތަކުގެތެރެއިން މަރުޙަލާއެއްގައި ކޯޓަށް ހުށަހެޅިފެ އިވަ ދަޢުވާއަކީ، ޖިނާއީ އިޖުރާއެ ތުގ ޤާނޫނުގެ 115 ވަނަ މާއްދާގެ )ހ( ގެ ދަށުން ދަޢުވާއާއިގެން ކުރިއަށް ގެންދާނެ ދަޢުވާއެއްކަމަށް ކޯޓުން ކަނޑައެޅމުގެ ފަހަށް، ހުށަހެޅިފައިވާ ދަޢުވާއަށް މައުޟޫޢީގޮތުން ބެލުމަކާއި ނުލައި ދަޢުވާ އަކީ ބެލެންނެތް މައްސަލއެއްކަމަށް ކަނޑައެޅެނެ އޮތް ޙާލަތަކީ، ޖިނާއީ އިޖުރާއަ ތުގެ ޤާނޫނުގެ 120 ވަނަ މާއްދާގައި ބުނާ ޙާލަތުކަމަށާއެ މިހެންކަމުން ޖިނާއީ އިޖުރާއަ ތުގެ ޤާނޫނުގެ 119 ވަނަ މާއްދާގެ )ހ( ގެ 3 ވަނަ ނަންބަރަށް ރިޢާޔެ ތްކޮށްގެން ހެއްކަކާއި ގުޅޭ ގޮތުން ދަޢުވާލިބޭ ފަރާތުން ހުށަހެޅުމެއް ހުށަހެޅިނަމަވެސް އެއީ އެ މަރުޙަލާގެ ތެރެއިން އެހެކިބަސް ވަޒަންކޮށް މައްސަލައިގަމައުޟޫޢިއަށް އ ސަރުކުރާ ގޮތަށް މުޅި ދަޢުވާ ބާޠްލު ކުރުން ހުއްދަ ސަބަބެއް ކަމުގައި ބުނެވޭކަށްނެތްކަމަށާއިއެ ގޮތަށް ނިންމެ ނަމަ އެކަން ވާނީ ޖިނާއީ އިޖުރާއޭ ތުގ ޤާނޫނުގެ 115 ވަނަ މާއްދާގެ )ހ( އަށްއަލުން އަނބުރާ އިޢާދަވުނކަމަށާއްއަދި އެކަން ވާނީ، ދަޢުވާއަށް މައުޟޫޢީ ގޮތުން ބެލުމަކާއި ނުލައި، މިއްސަލައަށް ގޮތެއް ނިންމުން ކަމަށާއެ ޖިނާއީ އިޖުރާއަ ތުގ ޤާނޫނުގެ 119 ވަނަ މާއްދާއިން އާފަދަ ބާރެއް ފަނޑިޔާރަށް ދެ ފައިވތަނެއް ފެންނަން ނެތްކަމަށެވެ. 16- އިސްމާޢީލް މީރާން އާއި މަރްޔަމް ތިލްމީޒާގެ ފަރާތުން ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވާ، ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުން މި ނަމުގައި އޮތް ފޯމަށް ބަލާއިރު، އެމި ހުންގެ ފަރާތުން ހުށހަޅަ ހުށަހެޅުމަކީ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 119 ވަނަ މާއްދާގެ ކޮން ނަންބަރެއްގެ ދަށުން ހުށަހެޅި ހުށަހެޅުމެއްކަމެއް އެ ފޯމުގައި ބަޔާންކޮށްފައެއްނުވެއެވެ.ދިވެހިރާއްޖޭގެ ހައިކޯޓުގައި އެ މީހުންގެ ފަރާތުނ ބުނެފައިވަނީ އެއީ ޖިނާއީ އިޖެ ރާއތުގ ޤާނޫނުގެ 119 ވަނަ މާއްދާގެ )ހ( ގެ 3 ވަނަ ނަންބަރުގެ ދަށުން ހުށަހެޅި ހުށަހެޅުމެއްކަމުގައެވެ. މިހެންކަމުން މިއީ ޖިނާއީ އިޖުރާއަ ތުގެ ޤާނޫނުގެ 119 ވަނަ މާއްދާގެ )ހ( ގ 3 ވަނަ ނަންބަރާއި ޙަވާލާދީ، ވަކި ހެއްކަކީ ޝަރީޢަތަށް ޤަބޫލު ނުކުރެވޭނެ ހެކި ކަމުގައި ކަނޑައަޅައި ދިނުމަށް ހުށަހަޅައިފައިވާ ހުށަހެޅުމެއްކަން އެނގެއެވެ. އިސްމާޢީލް މީރާން އާއި މަރްޔަމް ތިލްމީޒާގެ ފަރާތުނ ހުޅުމާލެ މެޖިސްޓްރޭޓު ކޯޓުގައި، އެދިފައިވަނީ މި ފަރާތްތަކާއި ދެކޮޅަށް ހޯދާފައިވާ ހެކި ނަންބަރ 91،2،3،4،5،6،7،8، މި ހެކިތަކަކީ ޤާނޫނުއަސާސީގާ 52 ވަނަ މާއްދާއާ ޚިލާފަށް ހޯދާފައިވާ ހެކިތަކަކަށްވާތީ ބާޠިލު ހެކިތަކެއް ކަމަށް ކަނޑައަޅައި ދިނުމަށެވެ. އަދި އެ ސަބަބަށްޓަކައި މައްސަލައިގެ ދަޢުވާ ފޯމް ބާޠިލުކޮށްދިނުމަށެވެ. ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވާ ބުނެވުނު ނިންމުމުގެ މައްޗަށް ބަލާއިރު، މިއީ ދަޢުވާ ފޯމް ބާޠިލުކުރަންޖެހޭ ބާވަތުގެ ހުށަހެޅުމެއް ނޫންކަން އެނގެއެވެ. ބަލައި ފާސްކުރުމުގެ އަމުރު ނެރުމުގެ އިޚްތިޞާޞް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ލިބިގެން ނުވާކަމަށް ބުނާ ބުނުން
17އިސްމާޢީލް މީރާން އާއި މަރްޔަމް ތިލްމީޒާގެ ފަރާތުން ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅި، ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމުގެ މައިގަނޑު ބިނާއަކީ، މިފަރާތްތަކުގެ މައްޗަށް ތުހުމަތު ކުރެވުނު ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ ތުހުމަތުގައި މި ފަރާތްތައް ދިރިއުޅޭތަން ބަލައިފާސްކުރުމަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން ނެރުންއަމުރަކީ އެ ކޯޓށަ އެ އަމުރު ނެރުމުގެ އިޚްތިޞާޞް ލިބިފައިނެތީސް އެ ކޯޓުން ނެރެފައިވާ އަމުރެއްކަމަށްވާތީ އެ އަމުރުގެ ދަށުނ ބަލައި ފާސްކޮށް ފުލުހުން ހޯދާފައިވާ ހެކިތަކަކީ، ބަލައިގަނެވެންނެތް ހެކިތަކެއް ކަމަށް ބުނެފައިވާ ބުނުމެވެ.
18އިސްމާޢީލް މީރާން އާއި މަރްޔަމް ތިލްމީޒާގެ ފަރާތުން ފާހަގަ ކުރަނީ، އެ ފަރާތްތައް ދިރިއުޅޭތަން ބަލައި ފާސްކުރުމަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން އަމުރު ނެރުނު ފަހުނިއަދި ތަން ބަލއަ ފާސްކުރުމުގެ ފަހުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރ 2019/HC-A/312 )ހުޅުމާލެ ގޯތި ނަންބަރު 10361 އަޙުމަދު ރަޝީދު މައްސަލަ( ޤަޟިއްޔާ ގައި އަޙުމަދު ރަޝީދު ބަންދުގައި ބެހެއްޓުމަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން ނެރެފައުވ ކޯޓު އަމުރު ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް އެ މައްސަލައިގައ ހިމެނުކޯޓު އަމުރު ދޫކުރުމުގެ އިޚުތިޞާޞް ނެތްކަމަށް ކަނޑައަޅާފައި އޮންނަ އޮތުމަށް ރިޢާޔަތްކުރާއިރު، އިސްމާޢީލް މީރާން އާއި މަރްޔަމް ތިލްމީޒާ ދިރިއުޅޭތަން ބަލައި ފާސްކުރުމުގެ އަމުރު ދޫކުރީވެސް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން ކަމަށްވާތީ އެފަދަ އަމުރެއް ދޫކުރުމުގެ އިޚްތިޔާރެއް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ލިބިގެން ނުވާނެކަމަށެވެ.
19HN3އިސްމާޢީލް މީރާންއާއި މަރްޔަމް ތިލްމީޒާ ދިރިއުޅު ގެ ބަލައި ފާސްކުރުމަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން އަމުރު ނެރެފައިވަނީ އެ ކޯޓުގެ ނަންބަރ HMC-CA/392/2019 އަމުރުންނެވެ.ބުނެވުނުއަމުރަކީ އ އަމުރަގާޞިއްޙަކަމިއމެދު ސުވާލު އުފައްދައިއިސްމާޢީލް މީރާން އާއި މަރްޔަމް ތިލްމީޒާގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވާ އަމުރެއް ނޫނެވެ. އަދިއެ އަމުރް އިސްތިއުނާފު ކުރުމުށް ހުށަހެޅުމަށަ ޤާނޫނީ ގޮތުން ދީފައިވާ މްއްދަތު ހަމަވެފައިވާ އަމރެއު ކަމުގައިވާތީ އެ އަމުރު ނިހާއީވެ އަމުރެ ގެ ބާރެއް ގޮތުގައި ދެމި އޮތް އަމުރެއްކަން އެނގެއެވެ.
20HN4ކޯޓުން ނެރެފައިވާ އަމުރުގެ ބާރު އެ ގޮތުގައި ދެމިއޮތް އަމުރެއް،ޤާނޫނުގައި ބުނާ އ ޞުލުތަކުގެ ތެރެއިން ނޫން ގޮތަކަށް މެނުވީބާޠިލ ކުރެވޭނެ ގޮތެއް ނޯންނާނެ އެވެ. އިސްމާޢީލް މީރާން އާއި މަރްޔަމް ތިލްމީޒާގ ފަރާތުން ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅި، ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމާއި ގުޅިގެނ އެ ކޯޓުން ނިންމި ނިންމުން ބިނާކުރި މައިގަނޑު އެއް އަސާސަކީވެސް އެއީ އެވެ. އެކަމާއި ގުޅޭ ގޮތުން ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން އުފައްދާފައިވާ ސުވާލަކީ، "އިސްމާޢލީ މީރާން އާއި މަރްޔަމް ތިލްމީޒާ ދިރިއުޅޭ ގެ ބަލާ ފާސްކުރުމަށް ނެރެފައިވ އަމުރް މަތީ މަރުޙަލާގެ އެއްވެސް ކޯޓެއްގައި އިސްތިއުނާފު ކުރެވި މަތީ މަރުޙަލާގެ އެއްވެސް ކޯޓަކުން އެ އަމުރުތަކަށް ބަދަލު ގެނެސްފައިނުވަނީސް، އަދި އެ އަމުރުތަކުގެ ސައްޙަކަމާއި މެދު ސުވާލެއްވެސް އުފައްދާފައިވެސް ނުވަނީސް އެ އަމުރުތަކުގެ ދަށުނ ހޯދާފައިވާ ހެއްކެއް ސައްޙަ ނޫންކަމަށް ޝަރީޢަތުން ބުރަވާނީ ކޮން ހަމައަކުން ހެއްޔެވެ؟"
21އިސްމާޢީލް މީރާން އާއި މަރްޔަމް ތިލްމީޒާގެ ފަރާތުން ހުށަހެޅި ހުށަހެޅުމާއި ގުޅިގެން ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން އުފައްދާފައިވާ އެ ޤާނޫނީ ސުވާލު އަދި ޤާނޫނީ ބިނާކުރުންތައް ޤާނޫނީ ގޮތުން ރަނގަޅެވެ. ކޯޓު އަމުރެއް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގ ނަންބަރު 07/HMC/2021 އާއި ނަންބަރު 06/HMC/2021 ޝެރީޢަރުގެ ކުރިން ހުށަހަޅާ ހުށަހެޅުމާމެދު ނިންމި ނިންމުމުގެ 2.4 ނިހާއީ ވެފައިވަނިކޮށް އެ އަމުރެއް މަތީ މަރުޙަލާގެ ކޯޓަކުން ބާޠިލު ނުކުރަނީސް އެ އަމުރުގެ ދަށުން ހޯދި ކަންކަން ބާޠިލު ކުރެވޭނެ ޤާނޫނީ ގޮތްތަކަކީ ކޮބައިކަން އިސްމާޢީލް މީރާން އާއި މަރްޔަމް ތިލްމީޒާގެ ފަރާތުން އިސްތިއުނާފު ކުރުމަށް ހުށިހެޅި ނުކުތާތކަ ގައި މި ކޯޓަށް ބުނެދެވިފައެއް ނުވެއެވެ.
22HN5މިހެންކަމުން އިސްމާޢީލް މީރާން އާއި މަރްޔަމް ތިލްމީޒާގެ ފަރާތުން ހުށަހެޅި އިސްތިއުނާފީ ނުކުތާތަކުގެ މައްޗަށް ބިނާކޮށެ ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގ ނަންބަރ 06/HMC/2021 އާއި ނަންބަރު 07/HMC/2021 ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމާމެދު އެ ކޯޓުނ ނިންމީ ނިންމުމަށް ބަދަލެއް ގެންނަން ޖެހޭ ޤާނޫނ ސަބަބެއް އޮތްކަމުގައި ބެލެވޭކަށް ނެތެވެ.އަދި މި މައްސަލައަކީ، އިސްމާޢީލް މީރާން އާއި މަރްޔަމް ތިލްމީޒާ ދިރިއުޅޭތަން ބަލައި ފާސްކުރުމަށް ހުޅުމާލެ މެޖިސްޓު ރިޓް ކޯޓުން ނެރެފައިވާ ނަންބަރ HMC-CA/392/2019 އަމުރު އިސްތިއުނާފު ކުރުމުން ބެލެވޭ މައްސަލައަކަށް ނުވާތީ އެ އަމުރް ގ ސައްޙަކަމާއި މެދު މި ކޯޓުން މި ހިނދަށް ގޮތެއް ކަނޑައަޅަން ޖެހޭނެކަމަކަށްވެސް ނުދެކެމެވެ.
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ޤާނޫނުއަސާސީގެ 52 ވަނަ މާއްދާ
- ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ)
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 115 ވަނަ މާއްދާގެ (ހ)
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 119 ވަނަ މާއްދާ (ޚާއްޞަކޮށް (ހ) ގެ 2 އަދި 3 ވަނަ ނަންބަރު)
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 120 ވަނަ މާއްދާ
- 2021/HC-B12/40
- 2019/HC-A/312
- 2013/HC-A/211
- 2019/HC-A/292
- 2020/SC-A/74
- 2020/SC-A/75
- State v. McElrath, 569 S.W.3d 565 (2019)
ޝަރީޢަތުގެ ވީޑިއޯ
މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.