ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
2023/HC-A/158

އަހްމަދު ޖަޒްލާން

ދަށުކޯޓުގެ ނިންމުން ބާޠިލު
ފަހުގެ ޙުކުމެއްގައި ޙަވާލާދީފައެއް ނުފެނޭޙުކުމުގެ ހާލަތު
ހައިކޯޓު · 27 ނޮވެމްބަރު 2023ދަށު ކޯޓު: ވަޒީފާއާބެހޭ ޓްރައިބިއުނަލް 793/2023ބާވަތް: މަދަނީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
ވަޒީފާއާބެހޭ ޓްރައިބިއުނަލް 793/2023
ފަހުގެ ތާރީޚު
ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް

ކޯ ޓާމްސް

ޚުލާޞާ

ކޯޓުން ނިންމަން ޖެހުނު ސުވާލު
އުޖޫރައާ ގުޅޭ މައްސަލަތައް ހުށަހެޅިއިރު ޢަމަލުކުރަމުން ދިޔަ ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ގަވާއިދުގެ 19 ވަނަ މާއްދާގެ (ހ) ގައި އުޖޫރައާ ގުޅޭ މައްސަލަތައް 6 މަހުގެ މުއްދަތުން އިސްތިސްނާކޮށްފައި އޮތުމާއެކު، މައްސަލަ ހުށަހެޅުމަށްފަހު ގެނެވުނު އިޞްލާޙަށް ބިނާކޮށް އެ މައްސަލަތައް ބަލައިނުގަތުމަށް ޓްރައިބިއުނަލުން ނިންމީ ރަނގަޅަށްތޯ؟

ނިންމުން

ދަށުކޯޓުގެ ނިންމުން ބާޠިލު

ދަށުކޯޓުގެ ނިންމުން ބާޠިލު؛ މައްސަލަތައް ބަލައިގަނެ ރަޖިސްޓްރީކޮށް ނިންމުމަށް ޓްރައިބިއުނަލަށް ކަނޑައެޅި

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 މައްސަލަތައް ހުށަހެޅުނު ތާރީޚުގައި ޢަމަލުކުރަމުން ދިޔަ ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ގަވާއިދު (2022/R-14) ގެ 19 ވަނަ މާއްދާގެ (ހ) ގައި، ވަޒީފާއާ ގުޅޭ މައްސަލަތައް ޚިލާފު އުފެދުނުތާ 6 މަހުގެ ތެރޭގައި ހުށަހަޅަންޖެހޭ އުޞޫލުން އުޖޫރައާ ގުޅުންހުރި މައްސަލަތައް އިސްތިސްނާކޮށްފައިވެއެވެ.

HN2 ޤާނޫނު ނަންބަރު 2011/4 ގެ 12 ވަނަ މާއްދާގެ (ބ) ގެ ދަށުން، ކަނޑައެޅިގެން އެހެން ގޮތަކަށް ދޭހަނުވާހާ ހިނދަކު ޤާނޫނަކީ އެކުލަވާލި ދުވަހުން ފެށިގެން ކުރިއަށް ހިނގާ އެއްޗެކެވެ؛ ދައުވާކުރުމުގެ ޙައްޤަކީ މައުޟޫޢީ ޤާނޫނުގެ ބައެއް ކަމަށްވާތީ، ފަހުން ހެދޭ ޤާނޫނަކުން އެ ޙައްޤު ވަކިކުރެވޭނީ ނުވަތަ ހަނިކުރެވޭނީ އެ ޤާނޫނުގައި ޞަރީޙަ ބަހުން ބުނެފައިވާނަމައެވެ (ސުޕްރީމް ކޯޓު، އަޙްމަދު މާޖިދު ވ. ޖުޑީޝަލް ސަރވިސް ކޮމިޝަން).

މަދަނީ › ރަޖިސްޓްރާގެ ނިންމުން އަލުންބަލައި ނިންމި ނިންމުން

HN3 ޤާނޫނު ނަންބަރު 2011/4 ގެ 12 ވަނަ މާއްދާގެ (ނ) ގެ ދަށުން، ލިބިދީފައިވާ ޙައްޤެއް މުޅިން ނިގުޅައިގަތުމަކީ ޤާނޫނަކުން ކުރާނެ ކަމެއް ނޫން ކަމުގައި ބެލެވޭތީ، ކަނޑައެޅިގެން ބަޔާންކޮށްފައިނުވާހާ ހިނދަކު ލިބިދީފައިވާ ޙައްޤެއް ނިގުޅައިގަނެވޭ ފަދައަކުން ޤާނޫނު ނުވަތަ ގަވާއިދު މާނަކޮށްގެން ނުވާނެއެވެ.

HN4 ގަވާއިދަށް ގެނެވޭ އިޞްލާޙެއް މާޒީގެ މައްޗަށް ހިނގާނެ ކަމަށް ކަނޑައެޅިގެން ބަޔާންކޮށްފައި ނުވާނަމަ، އެ އިޞްލާޙު ހިނގަނީ އިޞްލާޙު ގެނެވުނު ތާރީޚުން ފެށިގެން ކުރިއަށް ކަމަށް މާނަކުރުމުގެ އާންމު އުޞޫލުން ބެލެވޭނެއެވެ.

މަދަނީ › ރަޖިސްޓްރާގެ ނިންމުން އަލުންބަލައި ނިންމި ނިންމުން

HN5 ޤާނޫނާއި ގަވާއިދާ އެއްގޮތަށް މައްސަލައެއް ހުށަހަޅާފައިވަނިކޮށް، ފަހުން ގެނެވޭ އިޞްލާޙެއްގައި ކަނޑައެޅިގެން ބަޔާންކޮށްފައި ނުވާނަމަ، ދައުވާކޮށް ޙައްޤު ހޯދުމުގެ ދޮރު ބަންދުވާ ގޮތަށް ޤާނޫނެއް ނުވަތަ ގަވާއިދެއް މާނަކޮށް ޢަމަލުކޮށްގެން ނުވާނެއެވެ؛ އެހެންކަމުން އިޞްލާޙުގެ ކުރިން ހުށަހެޅި އުޖޫރައާ ގުޅޭ މައްސަލަތައް 6 މަހުގެ މުއްދަތަށް ބިނާކޮށް ބަލައިނުގަތުމަކީ ގަވާއިދާ ޚިލާފު ކަމެކެވެ.

HN6 އެއް މައުޟޫޢަކާއި އެއް އިސްތިއުނާފީ ނުކުތާތަކެއްގެ މައްޗަށް ބިނާވާ މައްސަލަތައް ސުޕްރީމް ކޯޓުގެ 2018/SC-A/31 ގައި ކަނޑައަޅާފައިވާ އުޞޫލާއި ހައިކޯޓުގެ މައްސަލަބަލާ ފަނޑިޔާރުންގެ މަޖިލިސް އެއްގޮތްކުރުމާބެހޭ އުޞޫލަށް ރިޢާޔަތްކޮށް އެއް ބެންޗަކުން އެކުއެކީ ބަލައި، އެއް ޝަރީޢަތްނިމުނުގޮތުގެ ރިޕޯޓެއް ލިޔެވިދާނެއެވެ.

ވަކީލުންނާއި ފަނޑިޔާރުން

ވަކީލުން
—
ބެންޗު
ފަނޑިޔާރު ޙުސައިން މަޒީދު، ފަނޑިޔާރު މުޙައްމަދު ނިޔާޒް، ފަނޑިޔާރު ދީބާނާޒް ފަހުމީ
ރިޔާސަތު
—
ރައުޔު ލިޔުނު ފަނޑިޔާރު
ފަނޑިޔާރު ޙުސައިން މަޒީދު · ތާއީދުކުރެއްވީ: ފަނޑިޔާރު މުޙައްމަދު ނިޔާޒް، ފަނޑިޔާރު ދީބާނާޒް ފަހުމީ
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

ފަނޑިޔާރު ޙުސައިން މަޒީދުގެ ރައުޔު،)މި ރ އ ޔަށްފަނޑިޔާރީ މުޙައްމަދު ނިޔާޒް އަދި ފަނޑިޔާރު ދީބާނާޒް

ފަހުމީ ތާއީދު ކުރައވާފައި( މައްސަލައިގެ ތަޢާރަފު

1ރ. މާކުރަތު، […] އަޙްމަދު ޝަފީޤް )ދރއ( އާއްހދި. ހިރިމަދޫ، ޗާންދަނީމާ، އަޙްމަދު ޖަޒްލާނ )ދރއ( އަކީ ޖާހ ޕްރައިވެޓް ލިމިޓެޑް )ރަޖިސްޓްރީ ނަންބަރު: C-0253/1994( ގެ އެސިސްޓާންޓް ޝޯރޫމް މެނޭޖަރގެ މަޤާމުގައި ވަޒީފާ އަދކުރ ފަރާތްތަކެކެވެ.

2ޤާނޫނު ޚިލާފަށާ އަޙްމަދް ޝަފީޤު އާއް އަޙްމަދު ޖަޒްލާންގެމަޤާމަދަށކޮށް، އުޖޫރަ ދަށްކޮށްފައިވާކަމަށް ބުނެ، 20 ސެޕްޓެންބަރު 2022 ގައި އަޙްމަދު ޝަފީޤް އަދި އަޙްމަދު ޖަޒްލާންގެ ފަރާތުން ޖާހ ޕްރައިވެޓް ލިމިޓެޑަށް ރައްދުވާގޮތަށް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް 2 މައްސަލަ ހުށަހެޅިއެވެ. މި މައްސަލަތައް ހުށަހެޅިއިރު އަޙްމަދު ޝަފީޤް އާއި އަޙްމަދު ޖަޒްލާނ ވަން އެ ކުންފުނީގެ ވަޒީފާއިން ވަކިވެފައެވެ.

3މި މައްސަލަތަކުގައްއެދިފައިވަނީ މިދެފަރާތުގެ މަޤާމް ދަށްކޮށް އުޖޫރަ ކުޑަކޮށްފައިވަނީ މިދެފަރާތުގެ ނުރުހުމުގައ ޤާނޫނި ޚިލާފަށްކަމަށް ކަނޑައަޅައިދިނުމަށާއި، އަޙްމަދު ޝަފީޤް އަދި އަޙްމަދު ޖަޒްލާނ އެސިސްޓެންޓް ޝޯރޫމް މެނޭޖްރގެ ވަޒީފާ އަދާކޮށްފައިވާކަމަށިއި، އެމަޤާމުގައ ތިބި ވަޒީފާއިން ވަކިވެފައިވާކަމަށާއި، އަޙްމަދު ޝަފީޤް އަދި އަޙްމަދު ޖަޒްލާން ޖާހ ޕްރައިވެޓް ލިމިޓެޑްގެ ވަޒީފާގައި ދެމިތިބ ޖުމްލަ މުއްދަތާއި ވަޒީފާއަދާކުރިތަން ބަޔާންކުރުމާއެކު، ޤާނޫނު ނަންބަރ 2008/2 )ވަޒީފާއާބެހޭ ޤާނޫނު(ގެ 24 ވަނަ މާއްދގައާ ބަޔާންކުރި "ވަޒފާއަދާކުރިކަމުގެ ލިޔުން" އަޙްމަދު ޝަފީޤް އަދި އަޙްމަދު ޖަޒްލާންއަށ މައްސަލަ ނިންމާތާ 30 )ތިރީސް( ދުވަހުގެ ތެރޭގައި ދިނުމަށް ޖާހ ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް އަމުރުކޮށްދިނުމަށެވެ.

4ނަމަވެސް ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ރަޖިސްޓްރާރ އެ މައްސަލަތައް ބަލައިގަނެފައިނުވެއެވެ. ރަޖިސްޓްރާރގެ ނިންމުން؛

5އެގޮތުން ރަޖިސްޓްރާރގެ ނިންމުމުގައި ބަޔާންކޮށްފައިވަނީ )ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ގަވާއިދު( ގެ 19 ވަނަ މާއްދާގެ )ހ( ގައި"ވަޒީފާއާ ގުޅާ މައަސަލައެއ ނުވަތް ޚިލާފެއް އުފްދިއްޖެނަމަ، އެ މައްސަލައެއް ނުވަތަ ޚިލާފެއް އުފެދުނު ތާރީޚުން ފެށިގެން 6 )ހައެއް( މަސްދުވަހުގެ ތެރޭގައި އެ މައްސަލަ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހަޅަންވާނެއެވެ." މިފަދައިން ބަޔާންކޮށްފައިވާއިރު، އަޙްމަދު ޝަފީޤު 13 މާރިޗް 2022 ގައް އަދި އަޙްމަދު ޖަޒްލާނ 10 މާރިޗު 2022 ގައި ވަޒީފާއިން ވަކިކޮށްފައިވާކަމަށް ބަޔާންކޮށްފައި އޮތުމުން، އަޙްމަދު ޝަފީޤް އަދި އަޙްމަދު ޖަޒްލާންގެ މަޤާމް ދަށްކޮށް އުޖޫރަ ކުޑަކުރެވިފައިވަނެވަޒީފާއިން ވަކިކުރި ތާރީޚު ގެ ކުރީގެ ތާރީޚެއްގައިކަމަށް ބަލަންޖެހޭހިނދު، މިދެފަރާތަން ވަޒީފާއަބެހޭ ޓްރައިބިއުނަލްށް މައްސަލތައިހުށަހަޅާފައިވަނީ ވަޒީފާއިން ވަކިކުރތ 6 މަސް ފާއިތުވީފަހުން ކަމަށް ވާއިރު، މިދެފަރާތުގެމަޤާމްދަށްކޮށް އުޖޫރަ ކުޑަކުރި ތާރީޚުން ފެށިގެން 6 )ހައެއް( މަސްދުވަސް ފާއިތުވީފަހުން ހުށަހަޅާފައިވާ މައްސަލަތަކެއުކަމަށް ބުރަވެވޭތީ ގަވާއިދު ނަންބަރ 2022/R-14 )ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ގަވާއިދު( ގެ 19 ވެނ މާއްދާގަ )ހ( އަށް ރިޢާޔަތްކޮށް އެ ގަވާއިދުގެ 26 ވަނަ މާއްދާގެ )ނ( ގެ ދަށުން މި ދެ ފަރާތުން ހުށަހެޅި މައްސަލަތައް ބަލައިގަނެވެނ ނެތް ކަމަށެވެ. ރަޖިސްޓްރާރގެ ނިންމުން މުރާޖަޢާކުރުން؛

6ބުނެވުނު ރަޖިސްޓްރާރގެ ނިންމުމާމެދު ހިތްހަމަނުޖެހިގެން އަނިންމުން މުރާޖަޢާ ކޮށްދިނުމަށް އެދި އަޙްމަދ ޝަފީޤު އަދި އަޙްމަދު ޖަޒްލާންގެ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނެލީ ށ ހުށަހެޅިއެވެ. އ ހުށަހެޅުމާމެދު ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމާފައިވަނީ ރަޖިސްޓްރާރގެ އެ ނިންމުންތައް ބާޠިލްކުރަންޖެހޭ ތަނެއް ނެތް ކަމަށެވެ.

7ރަޖިސްޓްރާރގެ ނިންމުން މުރާޖަޢާކޮށް ނިންމިނިންމުމާމެދު ހިތްހަމަނުޖެހިގެނިއަޙްމަދު ޝްފީޤް އަދ އަޙްމަދު ޖަޒްލާންގެ ފަރާތުން އެ ނިންމުނތައ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރިއެވެ. މިއީ އެގޮތުން ބެލި އިސްތިއުނާފީ މައްސަލައެވެ.

8ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު: 6735/2022 ނިންމުން )ރަޖިސްޓްރާރގެ ނންމުނ މުރާޖަޢާކޮށް ނިމުނު ގޮތް( އިސްތިއުނާފުކުރުމަށ އަޙްމަދް ޝަފީޤްގެ ފަރާތުން ހުށަހެޅި މައްސަލަ ރަޖިސްޓްރީކުރެވިފައިވަނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރ 2023/HC-A/91 ޤަޟިއްޔާގައެވެ. އަދި ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު: 2023/793 ނިންމުނި )ރަޖިސްޓްރާރގެ ނންމުނ މުރާޖަޢާކޮށް ނިމުނު ގޮތް( އިސްތިއުނާފުކުރުމަށް އަޙްމަދު ޖަޒްލާންގެ ފަރާތުންހުށަހެޅި މައްސަލަ ރަޖިސްޓްރީކުރެވިފައިވަނީ ދިވެ ހިރާއްޖޭގ ހައިކޯޓުގެ ނަންބަރ 2023/HC-A/158 ޤަޟިއްޔާގައެވެ.

9HN6އަޙްމަދް ޝަފީޤު އަދި އަޙްމަދު ޖަޒްލާންގެ ފަރާތުން ހުށަހެޅިއިސްތިއުނާފ މައްސަލަތަކަކީ އެއީ މައުޟޫޢެއްގެ، އެއް އިސްތިއުނާފީ ނުކުތާތަކެއްގެ މައްޗަށާ ބުނި ވާ މައްސަލަތަކަކަށްވާތީ،ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގް އަޙްމަދް ޝިޔާޛް އަދި އިތުރު ފަރާތްތަކެއް ވ. ފުރަނަ ހޯލްޑިންގްސް ޕްރައިވެޓ 2 1 ލިމިޓެޑް ޤަޟިއްޔާގައި މިފަދަ މައްސަލަތައް ހިންގުމާމެދު ކަނޑައަޅުއްވާފައިވާ އުޞޫލަށާއި ދިވެހިރާއްޖޭގެ . ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު: 2018/SC-A/31 ޤަޟިއްޔާ . ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު: 2018/SC-A/31 ޤަޟިއްޔާގެ 13 ވަނަ ނުކުތާގައި ހައިކޯޓުގެ 'މައްސަލަބަލާ ފަނޑިޔާރުންގެ މަޖިލިސް އެއްގޮތްކުރުކުމާބެހޭ އުޞޫލު' އަށެ ރިޢާޔަތްކޮށް މަދި މައްސަލް ދިވެހިރާއްޖޭގެ ހައިކޯޓުގައި ކުރިއަށް ގެންގޮސްފައިވަނީ ފަނޑިޔާރުންގެ އެއް ބެންޗަކުން ޤަޟިއްޔާތައް އެކުއެކީގައެވެ. އެހެންކަމުން "ޝަރީޢަތްނިމުނުގޮތް" އެއް ރިޕޯޓެއްގެ ގޮތުގައި ލިޔުން ބޭނުންތެރިކަމެއްކަމަށް ފެންނާތީ އެގޮތުގެމަތިން ލިޔެފައިވަނީއެވެ.

އިސްތިއުނާފީ ނުކުތާ

10ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު: 6735/2022 އަދި 2023/793 ނިންމުން )ރަޖިސްޓްރާރގެ ނިންމުން މުރާޖަޢާކޮށް ނިމުނު ގޮތް( އިސްތިއުނާފުކުރަމުން އަޙްމަދު ޝަފީޤް އަދި އަޙްމަދު ޖަޒްލާންގެ ފަރާތުނ ހުށަހަޅާފައިވަނީ 1 )އެކެއް( ނުކުތާއެވެ. • އެ ނުކުތާ އަކީ: ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގެ )ހ(، 42 ވަނަ މާއްދާގެ )ހ(، 274 ވަނަ މާއްދާގެ )ހ(، 143 ވުނ މާއްދާގަ )ރ(، އަދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރ 2020/SC-A/112 ޤަޟިއްޔާ އަދި ޤާނޫނު ނަންބަރު 2011/4 )މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނު( ގެ 3 ވަނަ މާއްދާއާއި 6 ވަނަ މާއްދާއާއި ޚިލާފަށް ނިންމާފައިވާ ނިންމުމެއްކަމަށްބުނެ ހުށަހެޅި ނުކުތާއެވެ. އިސްތިއުނާފީ ނުކުތާ އާމެދު ދިވެހިރާއްޖޭގެ ހައިކޯޓުގައި ދައްކާފައިވާ ވާހަކަތަކުގެ ޚުލާޞާ

11އިސްތިއުނާފީ ނުކުތާއާ ގުޅިގެން އަޙްމަދު ޝަފީޤް އަދި އަޙްމަދު ޖަޒްލާންގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައ މައިގަނޑުގޮތެއްގައި ފާހަގަކޮށްފައިވަނާއަޙްމަދ ޝަފީޤު އަދި އަޙްމަދު ޖަޒްލާންގެ ފަރާތުނ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހަޅާފައިވާ މައްސަލަތަކަކީ ނުލިބިވާ އުޖޫރަ ހޯދުމަށް ހުށަހަޅާފައިވާ . ފަނޑިޔާރުންގެ ޢާންމުމަޖިލީ ހުގެ ނަންބަރ: 02/FAM/2021 ) 27 ޖަނަވަރީ 2021 ( އުޞޫލު މޭއްސަލަތަކެއްކަމަށެވެ. ރަޖިސްޓްރަރ އެމައްސަލަތައް ބަލައިގަނެވެނ ނެތްކަމަށް ނިންމާފައިވަން ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ގަވާއިދުގެ 19 ވަނަ މާއްދާގެ )ހ( އަށް ރިޢާޔަތްކޮށްކަމަށެވެ. ނަމަވެސައ އަކުރުގެ ދެވަނަ ޖުމްލްއެގައި އުޖޫރައާ ގުޅުންހުރި މައްސަލަތައާއމާއްދާގައި ބަޔާންކޮށްފައިވ 6 )ހައެއް( މަސްދުވަހުގެ މުއްދަތު ފާއިތުވުމަށްފަހުގައިވެސް ހުށަހެޅދާނެކަމަށް ބަޔާންކޮށްފައިވާކަމަށެވެ. އެހެންކަމުންވަޒީފާއާބެހޭ ޓްރައިބިއުނަލްއަށް ހުށަހެޅި މައްސަލަތަކުގެ އެއްވެސް ބައެއް ބެލުމުގެ އިޚްތިޞާޞްނެތްކަމަށް ކަނޑައަޅާފައިވަނީ ސީދާގޮތުން ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ގަވާއިދުގެ 19 ވަނަ މާއްދާގެ )ހ( ގެ ދެވަނަ ޖުމްލައާ ޚިލާފަށްކަމަށެވެ.މީގެ އިތުރުން، އިސްތިއުނާފުކުރާ ފަރާތްތަކުން މައްސަލަ ހުށަހެޅިއިރު ވަޒީފާއާބހެ ޓްރައިބިއުނަލްގެ ގަވާއިދު އިސްލާހުކޮށްފައިނުވާކަމަށެވެ. އެގޮތުން އެގަވާއިދު އިސްލާޙުކޮށްފައިވަނ މައްސަލީ ހުށަހެޅުނު ފަހުން، މައްސަލަ ނިމުމުގެ ކުރިން ކަމަށެވެ.

މައްސަލަ ނިންމައިދިނުމަށް އެދުނުގޮތް

12އަޙްމަދ ޝަފީޤު އަދި އަޙްމަދު ޖަޒްލާންގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައިއެދިފައިވަނ ވަޒީފާއާބެހޭ ޓާރައިބިއުނަލުގާރަޖިސްޓްރިރގެ ނިންމުމާއި، ރަޖިސްޓްރްރގެ ނިންމުން މުރާޖަޢާކޮށް ނިންމި ނިންމުމަކީ ބާޠިލް ދެ ނިނމުނ ކަމުގައް ކަނޑައަޅައިދް،އިސްތިއުނާފުކުރާ ފަރާތްތަކުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް 20 ސެޕްޓެންބަރު 2022 ގައި ހުށަހެޅި މައްސަލަތައް ބެލުމުގެ އިޚްތޞާޞިވަޒީފާއާބެހޭ ޤާނޫނުގަ ދަށުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލީ ބިގެންވާކަމށް ކަނޑައަޅައިދީ، އެމައްސަލަތައް ބަލައިގަނެ ރަޖިސްޓްރީކޮށް ފައިސަލާކުރަނިވި ނިންމުމެއީނިންމުމަށ ވަޒީފާއާބެހް ޓްރައިބިއުނަލްގެ މައްޗަށް އަމުރުކޮށްދީ މައްސަލތައަ ނިންމައިދިނުމަށެވެ.

ދިވެހިރާއްޖޭގެ ހައިކޯޓުގެ ކުރިމަތީގައިވާ ސުވާލު

13ވަޒީފާއާބެހޭޓްރައިބިއުނަލަށ މައްސަލަތައް ބީ ލައިނުގަނެވޭނެކަމަށް ކަނޑައަޅާފައިވާ މައިގަނޑު ސަބަބަކީ ގަވާއިދު ނަންބަރު 2022/R-14 )ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ގަވާއިދު( ގެ 19 ވަނަ މާއްދާގެ )ހ(އާ ޚިލާފަށް ހުށަހަޅާފައިވާ މައްސަލަތަކެއް ކަމަށް ބަޔާންކޮށެވެ. އަދި އިސްތިއުނާފީ ނުކުތާ ހުށަހެޅިފައިވަނީ މި ނިންމުން ގޯސް ކަމުގެ މައްޗަށެވެ.އެހެންކަމުން ދިވެހިރާއްޖޭގެ ހައިކޯޓުން ގޮތް ކަނޑައަޅަން އޮތް ޤާނޫނީ ސުވާލަކީ މި މައްސަލަތައް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅިފައިވަނީ އެ ޓްރައިބިއުނަލުގެ ގަވާއިދުގެ 19 ވަނ މާއްދާގަ )ހ( އާ ޚިލާފަށް ކަމަށް އެ ޓްރައިބިއުނަލުން ކަނޑައަޅާފައިވަނީ ރަނގަޅަށް ތ؟ މި ސުވާލެވެ. ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މައްސަލަތައް ހުށަހެޅުނު ތާރީޚާއި އެއިރު ޢަމަލުކުރަމުން އައި ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ގަވާއިދު

14އަޙްމަދް ޝަފީޤު އަދި އަޙްމަދު ޖަޒްލާންގެ ފަރތުނ ވަޒީފާއާބެހް ޓްރައިބިއުނަލަށޭއީޖޫރައ ގުޅާ މައްސަލަތައް ހުށަހަޅާފައިވަނީ 20 ސެޕްޓެންބަރު 2022 ތާރީޚުގައެވެ. މި ތާރީޚަކުއަޙްމަދްޝަފީޤް އަދި އަޙްމަދު ޖަޒްލާންވަޒީފާއިން ވަކިވުމުގެ ފަހުން 6 މަސްދުވަސް ފާއިތުވެފައިވާ ތާރީޚެކެވެ. މިކަން ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ރަޖިސްޓްރާރގެ ނިންމުމުގައިވެސް ބަޔާންކޮށްފައިވެއެވެ.

15HN1މައްސަލަތައް ހުށަހެޅުނު 20 ސެޕްޓެންބަރު 2022 ތާރީޚުގައި ޢަމަލުކުރަމުން ދިޔަވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ގަވާއިދުގެ 19 ވަނަ މާއްދާގެ )ހ( ގައި ވަނީ އަންނަނިވި ފަދައިންނެވެ.

19 )ހ( ވަޒީފާއާ ގުޅޭ މައްސަލައެއް ނުވަތަ ޚިލާފެއް އުފެދިއްޖެނަމަ، އެ މައްސަލައެއް ނުވަތަ ޚިލާފެއް އުފެދުނު ތާރީޚުން ފެށިގެން 6 )ހައެއް( މަސްދުވަހުގެ ތެރޭގައި އެ މައްސަލަ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް . ގަވާއިދު ނަންބަރު 14-2022/R ހުށަހަޅަންވާނެއެވެ . އެހެންނަމަވެސް އުޖޫރައާ ގުޅުންހުރި މައްސަލަތައް، މި މާއްދާގައި ބަޔާންކޮށްފައިވާ 6 )ހައެއް( މަސްދުވަހުގެ މުއްދަތު ފާއިތުވުމަށްފަހުގައި ވެސް ހުށަހެޅިދާނެއެވެ. މި މާއްދާއަށް ބަލާއިރު، ވަޒީފާއާ ގުޅޭ މައްސަލައެއް ނުވަތަ ޚިލާފެއް އުފެދިއްޖެނަމަ، ޚި ލާފެއ އުފެދުނު ތާރީޚުން ފެށިގެން 6 )ހައެއ( މަސްދުވަހުގެ ތެރޭގައި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހަޅަންވާނެ ކަމަށް ބަޔާންކޮށްފައިވާއިރު، އުޖޫރައާ ގުޅުންހުރިމައްސަލަތައް މި އުސޫލުން ނުވަތަ މި މުއްދަތުން އިސްތިސްނާކޮށްފައިވެއެވެ. ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ގަވާއިދަށް ގެނެވުނު ފުރަތަމަ އިސްލާހު

16ބުނެވުނު ގަވާއިދަށްފުރަތަމަ އިސްލާހު އައިސްފައިވަނ 25 އޮކްޓޫބަރު 2022 ގައެވެ. މި އިސްލާހުގައި އެ ގަވާއިދުގެ 19 ވަނަ މާއްދާގެ )ހ( އިސްލާހުކޮށް އަންނަނިވި ފަދައިން ބަޔާންކޮށްފައިވެއެވެ.

19 )ހ( ވަޒީފާއާ ގުޅޭ މައްސަލައެއް ދިމާވެއްޖެ ނަމަ، ނުވަތަ ޚިލާފެއް އުފެދިއްޖެ ނަމަ، އެ މައްސަލައެއް ދިމާވި ތާރީޚުން ފެށިގެން، ނުވަތަ ޚިލާފެއް އުފެދުނު ތާރީޚުން ފެށިގެން، 6 )ހައެއް( މަސްދުވަހުގެ ތެރޭގައި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް އެ މައްސަލައެއް ހުށަހަޅންވާނެއެވެ. މި އިސްލާހުގައިވާގޮތުން އުޖޫރައާ ގުޅުންހުރި މައްސަލަތައް މި މުއްދަތުން އިސްތިސް ނާކުރެވިފައ އޮތި ބައި ވަނީ އުނިކުރެވިފައެވެ.

މާޒީގެ މައްޗަށް ޤާނޫނު ނުހިނގުމުގެ މަބްދައު

17މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނަކް ޤާނޫނުތަކާއި ޤާނޫނުތަކުން ބާރުލިބިގެން ހަދާ ގަވާއިދުތައް މާނަކުރުމުގެ ހަމަތައް ބަޔާންކޮށްފައިވާ ޤާނޫނެވެ.

. ގަވާއިދު ނަންބަރު 14-2022/R

18HN2އެ ޤާނޫނުގެ 12 ވަނި މާއްދާގަ )ބ( ގައިކަނޑައެޅިގެނ އެހެން ގޮތަކަށް ދޭހަނުވާހާ ހިނދަކު "ޤާނޫނު އެކުލަވާލި ދުވަހުނ ފެށިގެން ކުރިއަށް ހިނގާ އެއްޗަކަށް ޤާނޫނު ވުމާއި، ޤާނޫނުގެ ތާރީޚުގެ ކުރިން ހިނގާފައިވާ ކަމަކަށް ހިނގާނީ އެއްޗަކަށް ޤާނޫނު ނުވުން" ހިމެނިގެންވެއެވެ.

19ދައުވާކުރުމުގެ ޙައްޤަކީ މައުޟޫޢީ ޤާނޫނުގެ ދާއިރާގެ ތެރޭގައި ހިމެނޭ ކަމަކަށް ވާތީ، ފަހުން ހެދޭ ޤާނޫނަކުން ދައުވާ ކުރުމުގެ ޙައްޤު މީހެއްގެ ކިބައިން ވަކިކުރެވޭނީ ނުވަތަ އެޙައްޤު ހަނިކުރެވޭނީ އ ޤާނޫނެއްގައި ސަރީހަބަހުން ބުނެފައިވާނަމަ ކަމަށ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އަޙްމަދް މާޖިދު ވ. ޖުޑީޝަލް ސަރވިސް ކޮމިޝަން މައްސަލައިގެ 21ވ ނ ނުކުތާގައި ބަޔާންކުރައްވާފައިވެއެވެ. އަދި ދައުވާ ހުށަހެޅިއިރު، ދައުވާކުރުމުގެ ޙައްޤު ވަކި މުއްދަތެއްގެ ތެރޭގައި ބޭނުންކުރުން މަހުދޫދުކުރާ ޤާނޫނެއް ނެތީސް، ފަހުން ހެދޭ ޤާނޫނަކުން އެޙައްޤު އުވާލުން ނުވަތަ ހަނިކުރުމަކީ ޤާނޫނަށް ގެނެވޭ އިސްލާހުގެ މަޤިސަދެއްކަނ ސީދ އާ އިސްލާހުނ އެނގެން ނެތް ނަމަ، އެފަދައިން ޤާނޫނު މާނަކޮށްގެން ނުވާނެކަމަށް އެ ޤަޟިއްޔާގައ ބަޔާންކުރައްވާފައިވާ ކަންކަމަށް ބަލާއިރު ދޭހަވެއެވެ. ނަމަވެސްމަދަނީ ޤާނޫނަކުން، އެ ޤާނޫނު މާޒީއަށް ހިންގޭނެކަން ދޭހަވާނަމަ، އެ ޤާނޫނަށް ޢަމަލުކުރަން ފަށާ ތާރީޚުގެ ކުރިން ހިނގާފައިވާ ކަންކަމުގެ މައްޗަށ އެ ޤާނޫނު ހިންގިދާނެކަމަށް އެ ޤަޟިއްޔާގައި ބަޔާންކުރައްވާފައިވެއެވެ.

20HN3މީގެ އިތުރުން މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 12 ވަނަ މާއްދާގައި ޤާނޫނު މާނަކުރުމުގައި ޤަބޫލުކުރެވޭ ހަމަތައް ބަޔާންކޮށްފައިވާއިރު އެ މާއްދާގެ )ނ( ގައި ކަނޑައެޅިގެން އެހެން ގޮތަކަށް ދޭހަނުވާހާ ހިނދަކު "ލިބިދީފައިވާ ޙައްޤެއް މުޅިން ނިގުޅައިގަތުމަކީ، ޤާނޫނަކުން ކުރާނެކަމެއް ނޫންކަމުގައި ބެލުން" ހްމެނިގެންވެއެވެ. އެހެންކަމުނ ޤާނޫނުން ނުވަތް ގަވާއިދުން ކަނޑައެޅިގެން ބަޔާންކޮށްފައިނުވާހާ ހިނދަކު، ލިބިދީފައިވާ ޙައްޤެއް އއ ކޮށް ނިގުޅައިގަނެވޭ ފަދައަކުން ޤާނޫނު ނުވަތަ ގަވާއިދު މާނަކޮށްގެން ނުވާނެކަން އެނގެއެވެ. . ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2021/SC-A/108 ޤަޟިއްޔާ

21HN4ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ގަވާއިދަށް ގެނެވުނު ފުރަތަމަ އިސްލާހާށް ބަލާއިރު، އެ އިސްލހުގ 19 ވަން މާއްދާގަ )ހ( ގައިވާކަންކަން މާޒީގެ މައްޗަށް ހިނގާނެކަމަށް ކަނޑައެޅިގެން ބަޔާންކޮށްފައިނެތެވެ. ކަން މިހެނ އޮތް އިރު، އ މައްދާއަށް ގެނެވުނު އިސްލާހުގައިވާ ކަންކަމަކީ،އެ އިސްލާހު ގެނެވުނު ތާރީޚުގެ ކުރިއަށް ހިނގި ކަންކަން ކަމަށް، މާނަކުރުމުގެ އާންމު އުސޫލުން ބެލެވޭނެއެވެ . މައްސަލަތައް ބަލައިގަތުމާމެދު ވަޒީފާއާބެހޭ ޓްރައިބިއުނަލުން ޢަމަލުކޮށްފައިވަނީ ރަނގަޅަށްތޯ؟

22އަޙްމަދު ޝަފީޤް އަދި އަޙްމަދު ޖަޒްލާންގެ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް އުޖޫރައާ ގުޅޭ މައްސަލަތައް ހުށަހަޅާފައިވަނީ 20 ސެޕްޓެންބަރު 2022ގައިކަމަށް ވީނަމަވެސް، އެ ފަރާތްތަކުން ހުށަހެޅ މައްސަލަ ބަލައިގަތުމާމެދު ރަޖިސްޓްރާރ ގޮތް ކަނޑައަޅާފައިވަނީ ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ގަވާއިދުގެ 19 ވަނަ މާއްދާގެ )ހ( އިސްލާހު ކުރެވި، ޢަމަލުކުރަން ފެށިފަހުން 23 ނޮވެންބަރު 2022 ގައެވެ. އަދި މައްސަލަ ބަލައިގަތުމާމެދު ގޮތް ކަނޑައެޅުމުގައި އެ ގަވާއިދުގެ 19 ވަން މާއްދާގަ )ހ( ގެ އިސްލާހުގައި ބަޔާންކޮށްފައިވާ އިބާރާތް ނަކަލުކޮށް، މި މައްސަލަތަކަކީ ޚިލާފު އުފެދުނުތާ، 6 )ހައެއް( މަސްދުވަހުގެ ފަހުން ހުށަހެޅުނު މައްސަލަތަކެއް ކަމަށް ބަޔާންކޮށް މައްސަލަތައް ބަލައިގަނެފައިނުވެއެވެ.

23HN5ނަމަވެސް މި މައްސަލައިގައި ސާފުކޮށް ފެންނަން އޮތީ،އަޙްމަދ ޝަފީޤު އަދި އަޙްމަދު ޖަޒްލާންގ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް އުޖޫރައާ ގުޅޭ މައްސަލަތައް ހުށަހަޅާފައިވަންއެ ޓްރައިބިއުނަލުގެ ގަވާއިދަށް ފުރަތަމް އިސްލާހު ގެނައުމުގެ ކުރިން ކަމެވެ. އެއިރު ގަވާއިދު އޮތް ގޮތުން، ވަޒީފާއާގުޅޭ އެހެނިހެން މައްސަލަތަކާ ޚިލާފަށް، އުޖޫރައާ ގުޅޭ މައްސަލަތައް ޚިލާފު އުފެދޭތާ 6 )ހައެއް( މަސްދުވަހުގެ ތެރޭގައި ކޮންމެހެނ ހުށަހޅަނ ނުޖެހޭކަން އެ މާއްދާގެ ސާފު އިބާރާތުން އެނގެއެވެ.އެހެންކަމުންއަޙްމަދ ޝަފީޤު އަދި އަޙޭމަދު ޖަޒްލާންގެ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅި މައްސަލަތަކަކީ އުޖޫރައާ ގުޅޭ މައްސަލަތަކެއް ކަމަށް ވާއިރު، އެމައްސަލަތައްވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅުނީ އެއިރު ޢަމަލުކުރަމުންދިޔަ ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ގަވާއިދާ އެއްގޮތަށްކމާމެދު ދެބަސްވުމުގެ ޖާގައެއް ނެތެވެ.

24ޚަސްމުން، ޤާނޫނާއި ގަވާއިދާ އެއްގޮތަށް މައްސަލައެއް ހުށަހަޅާފައިވަނިކޮށް، މައްސަލަ ހުށަހަޅާފަހުން ޤާނޫނަށް ނުވަތަ ގަވާއިދަށް އަންނަ އިސލާހެއްގައި ކަނޑައެޅިގެން ބަޔާންކޮށްފައިނުވާނަމަ،ދައުވާކޮށް ޙައްޤު ހޯދުމަށް މަސައްކަތްކުރުމުގެ ދޮރު އެއްކޮށް ބަންދުވާގޮތަށ ޤާނޫނެއް ނުވަތް ގަވާއިދެއް މާނަކޮށް، އ މާނަކުރުމުގެ މައްޗަށް ޢަމަލުކޮށްގެން ނުވާނެއެވެ. ނަމަވެސް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މައްސަލަތައް ހުށަހެޅުނުފަހުން، ގަވާއިދަށް ގެނެވުނު އޭސްލާހަކަށް ރިޢާޔަތްކޮށް، މި މައްސަލަތައް ބަލައިނުގަތުމަށް ވަޒީފާއާބހެ ޓްރައިބިއުނަލުން ނިންމުމުގެ ނަތީޖާއަކީ އިންސާފު ހޯދުމަށްޓަކައި ދައުވާކުރުމުގެ ޙައްޤު މ މައްސަލައިގެ ޚަސްމުންނަށް އެއްކޮށް ގެއްލިގެން ދިޔުމެވެ.

25މިކަންކަން މިހެން ހުރުމުން، އަހުރެންނަށް ބުރަވެވެނީއަޙްމަދ ޝަފީޤު އަދި އަޙްމަދު ޖަޒްލާންގެ ފަރާތުނ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް 20 ސެޕްޓެންބަރު 2022 ގައި ހުށަހެޅިއުޖޫރައ ގުޅާ މައްސަލަތައް ބަލައިނުގަތުމަށް އެ ޓްރައިބިއުނަލުން ނިންމާފައިވަނީ އެ ޓްރައިބިއުނަލުގެ ގަވާއިދާ ޚިލާފަށް ކަމަށެވެ. އަދި އ މައްސަލަތައް ބަލައިގަނެ، އެ މައްސަލަތަކާމެދު ވަޒީފާއާބެހޭ ޓްރައިބިއުނަލުން ގޮތް ކަނޑައަޅަންޖެހޭނެ ކަމަށ ދެކެމެވެ.

ނިންމަން ފެންނަގޮތް

26އިސްވެ ބަޔާންކުރެވުނު ކަންކަން އެހެން ހުރުމުން، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު: 6735/2022 އަދި 2023/793 "ރަޖިސްޓްރާރގެ ނިންމުން މުރާޖަޢާކޮށް ނިމުނު ގޮތް" ބާޠިލްކޮށް، 20 ސެޕްޓެންބަރު 2022 ތާރީޚުގައި ރ. މާކުރަތު، […] އަޙްމަދު ޝަފީޤް އަދި ހދ. ހިރިމަދޫ، ޗާންދަނީމާ، އަޙްމަދު ޖަޒްލާންގެ ފަރާތުން ޖާހ ޕްރައިވެޓް ލިމިޓެޑަށް ރައްދުވާގޮތަށް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅި މައްސަލަތަކަކީ، ވަޒީފާއާބެހް ޓްރައިބިއުނަލުން ބަލައިގަނެ ރަޖިސްޓްރީކޮށް، ފައިސަލާކުރަނިވި ނިންމުންތަކެއް ނިންމަންޖެހޭ މައްސަލަތަކެއް ކަމަށް ކަނޑައަޅައި މި މައްސަލަ ނިންމަން ފެނެއެވެ.

ފަނޑިޔާރު މުޙައްމަދު ނިޔާޒްގެ ރައުޔު؛

27ފަނޑިޔާރު ޙުސައިން މަޒީދުގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.

ފަނޑިޔާރު ދީބާނާޒް ފަހުމީ ގެ ރައުޔު؛

28ފަނޑިޔާރު ޙުސައިން މަޒީދުގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.

އިސްތިއުނާފުކުރުމުގެ އިޖުރާއަތު ބަޔާންކޮށްދިނުން

29މި ޤަޟިއްޔާގައި ދިވެހިރާއްޖޭގެ ހައިކޯޓުން ޙުކުމް ކުރުމުން، ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގައި މި ޤަޟިއްޔ އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ ޙައްޤު މައްސަލައިގެ ޚަސްމުންނަށެ ލިބިގެންވެއެވެ. އެގޮތުން އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ މުއްދަތަކީ ދިވެހިރާއްޖޭގްހައިކޯޓުން މި ޤަޟިއްޔާގައި ޙުކުމް ކުރާ ތާރީޚުން ފެށިގެން 30 )ތިރީސް( ދުވަހެވެ. އަދި އެ މުއްދަތުގެ ތެރޭގައި ޝަރީޢަތްނިމުނުގޮތުގެ ރިޕޯޓު ޚަސްމުންނަށް ޙަވާލުކޮށްފައިނުވާނަމ، އިސްތިއުނާފުކުރުމުގެ މުއްދަތު ގުނަން ފަށާނެ ތާރީޚަކީ ޝަރީޢަތްނިމުނުގޮތުގެ ރިޕޯޓު . ޤާނޫނު ނަންބަރު 2021/32 )މަދަނީ އިޖުރާއަތުގެ ޤާނޫނު( ގެ 284 ވަނަ މާއްދާގެ )ހ(

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

ޝަރީޢަތުގެ ވީޑިއޯ

ހައިކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޝެއަރ ކުރައްވާ